ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/505

ޕްރަސާރިއޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ހައިކޯޓު · 28 ނޮވެމްބަރު 2021ދަށު ކޯޓު: ސިވިލް ކޯޓު 1204/Cv-C/2019ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 1204/Cv-C/2019
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
މައި ކޮންޓްރެކްޓަރާއި ސަބް-ކޮންޓްރެކްޓަރާ ދެމެދު ވެވުނު ސަބް-ކޮންޓްރެކްޓެއްގައި ބައިވެރިއަކަށް ނުވާ ޕްރޮޖެކްޓުގެ ވެރިފަރާތުގެ (އިސްލާމިކް މިނިސްޓްރީ) މައްޗަށް، އިހުމާލުގެ (ޓޯޓް) އަސާސްގެ މައްޗަށް ސަބް-ކޮންޓްރެކްޓަރަށް ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާ ކުރެވޭތޯ؛ އަދި ދަޢުވާ މައުޟޫޢަށް ނުބައްލަވާ ނިންމި ސިވިލް ކޯޓުގެ ނިންމުން ރަނގަޅުތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޓޯޓާއި ކޮންޓްރެކްޓަކީ ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާ އުފުލިދާނެ މަދަނީ ދެ ޤާނޫނު ކަމާއި، ޓޯޓުގެ ދަށުން ވާޖިބު އުފެދެނީ ޤާނޫނުގެ ދަށުން ކަމާއި ކޮންޓްރެކްޓުގައި ވާޖިބު އުފެދެނީ ބައިވެރިންގެ ފަރާތުން ކަމާއި، އެއް ޢަމަލަކުން ކޮންޓްރެކްޓުގެ ވާޖިބަކަށް ނުވަތަ ޓޯޓުގެ ވާޖިބަކަށް ނުވަތަ ދެބައިގެ ވާޖިބަށް އެއްވަގުތެއްގައި ޚިލާފުވެދާނެ ކަމާއި، ލިބުނު ގެއްލުމަކީ ހަމައެކަނި އިޤްތިޞާދީ ގެއްލުމަކަށްވެ، އެ ގެއްލުން ބިނާވަނީ ސީދާ އެއްބަސްވުމުގެ މައުޟޫޢަށް ނަމަ، އެއީ ހަމައެކަނި ކޮންޓްރެކްޓުގެ މައްޗަށް ބިނާވާ ދަޢުވާއެއް ކަމުގައި ބެލެވޭނެއެވެ.

މަދަނީ › އިހުމާލުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދަން

HN2 ސީދާ ވިޔަފާރީގެ އެއްބަސްވުންތަކުން އުފެދޭ ގުޅުންތަކާ ގުޅިގެން ޓޯޓު ޤާނޫނުގެ ދަށުން ދަޢުވާކުރުމަށް ހުޅުވާލުމަކީ، ގެއްލުން ތަޙައްމަލުކުރުމާ ބެހޭގޮތުން އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތް ނިގުޅިގެންދާނެ ސަބަބެކެވެ.

HN3 މައި އެއްބަސްވުމުގައި ތިންވަނަ ފަރާތެއްގެ މަޞްލަޙަތު ހިމާޔަތްކުރާކަން ނޭނގޭ ހާލަތެއްގައި، ސަބް-ކޮންޓްރެކްޓްގައި ވެރިފަރާތާއި ސަބް-ކޮންޓްރެކްޓަރާ ދެމެދު ތަޢާޤުދީ ގުޅުމެއް އުފެދިފައި ނުވާނަމަ، ވެރިފަރާތުން މައި ކޮންޓްރެކްޓަރަށް އަންގާ އެންގުންތައް ސަބް-ކޮންޓްރެކްޓަރަށް ދަނީ މައި ކޮންޓްރެކްޓަރު މެދުވެރިކޮށް ކަމާއި، ވޭރިއޭޝަން ނުވަތަ އިތުރު މަސައްކަތާ ގުޅޭ ފަރުވާ ހޯދަންވާނީ މައި ކޮންޓްރެކްޓަރާއި ސަބް-ކޮންޓްރެކްޓަރާ ދެމެދުގެ އެއްބަސްވުމުގެ ދަށުންނެވެ.

HN4 އިހުމާލުގެ ސަބަބުން ބަދަލު ނަގައިދެވޭނީ، އަދާކުރަންޖެހޭ ޤާނޫނީ ޒިންމާއެއް (ޑިއުޓީ އޮފް ކެއަރ) އޮވެ، އެ ޒިންމާއާ ޚިލާފުވެ، އެ ޚިލާފުވުމުގެ ސަބަބުން ސީދާ ގެއްލުމެއް ލިބިފައިވާނަމަ، އަދި އެ ގެއްލުމަކީ މާދުރު ނުވަތަ ނުސީދާ ގެއްލުމެއް ނޫންނަމައެވެ؛ ފަރުވާތެރިވާންޖެހޭ ޤާނޫނީ ވާޖިބެއް ނެތްނަމަ ޓޯޓުގެ ދަށުންވެސް ދަޢުވާ ރައްދެއް ނުކުރެވޭނެއެވެ.

މަދަނީ › އިހުމާލުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދަން

HN5 އެއްބަސްވުމުގައި ހިމެނިފައި ނުވާ، އަދި ޤާނޫނުން ބާރުލިބޭ ގޮތެއް ނޭނގޭ ގޮތަކަށް، ސަރުކާރުގެ މުވައްޒަފުން ގޮވައިގެން ކުރާ ބޭރު ދަތުރުތަކުގެ ޚަރަދު ޓޯޓުގެ ދަށުން ކޯޓުން ނަގައިދިނުމުގެ ދޮރު ހުޅުވާލެވޭނެ ކަމަށް ނުދެކެއެވެ.

މަދަނީ › އިހުމާލުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދަން

HN6 ސަބް-ކޮންޓްރެކްޓް ނަޤުލުކުރެވުނު ފަރާތާއެކު ސޮއިކުރި ސެޓްލްމަންޓް އެއްބަސްވުމުގައި ކުރީގެ ހުރިހާ ޚިޔާލުތަފާތުވުމެއް ނެތިގެން ދިޔަކަމަށާއި އިތުރު ދަޢުވާކުރުމުގެ ޙައްޤު ދޫކޮށްލާކަމަށް އެއްބަސްވެފައިވާނަމަ، އެ އެއްބަސްވުމުގެ ދަށުން އުފެދޭ ދަޢުވާތައް ހިނގާނީ އެ ސެޓްލްމަންޓް އެއްބަސްވުމުގައިވާ ގޮތާއި އިސްތިސްނާތަކާ އެއްގޮތަށެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޙުސައިން މަޒީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފަނޑިޔާރު މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޙުސައިން މަޒީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު، މި ރައުޔަށް ފަނޑިޔާރު ޢަބްދުﷲ ޙަމީދު އާއި ފަނޑިޔާރު ޙުސައިން މަޒީދު

ތާޢީދު ކުރެއެވެ. މައްސަލައިގެ ތަޢާރަފު:

1މިއީ، ސިވިލް ކޯޓުގެ ނަންބަރު: C/2019-Cv/1204 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ، ޕްރަސާރިއޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރޭޝަން ނަންބަރު: 0828/2015-C) (މީގެފަހުން ޕްރަސާރިއޯ ނުވަތަ އިސްތިއުނާފު ކުރާ ފަރާތް ނުވަތަ ސަބް-ކޮންޓްރެކްޓަރ ކަމަށް ބަޔާންކުރާ) ގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ (ދިވެހި ދައުލަތް) މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް (މީގެ ފަހުން އިސްލާމިކް މިނިސްޓްރީ ނުވަތަ އިސްތިއުނާފު ރައްދުވާ ފަރާތް ކަމަށް ބަޔާންކުރާ) އެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތް:

2ގދ. ތިނަދޫ ގައި އިސްލާމީކް ސެންޓަރ ޢިމާރާތް ކުރުމުގެ މަސައްކަތް 10 ފެބުރުވރަ 2016 ގައި، އިސްލާމިކް މިނިސްޓްރީއިން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (މީގެ ފަހުން އެމް.އާރު.ޑީ.ސީ ނުވަތަ މެއިން ކޮންޓްރެކްޓަރ ކަމަށް ބަޔާންކުރާ) އާ ޙަވާލު ކުރިއެވެ. މިމަސައްކަތް ވަކި ހިސާބަކަށް ގޮސް ހއްޓިފައިވެއެވެ.

3އެހެންވެ، އެމަސައްކަތް ނިންމުމަށްޓަކައި، އެމް.އާރު.ޑީ.ސ ގެ ފަރާތުން ސަބް-ކޮންޓްރެކްޓަރެއްގ ގޮތުގައެ ޕްރަސާރއި އާ 27 ނޮވނެ ބަރް 2016 ގައި ޙަވާލު ކުރިއެވެ. އެބަސްވުމުގެ ނަންބަރު:MRDC/AG/2016/59، ބިޑް ނަންބަރު:MRDC/IFB/2016/36، ތާރީޚް:*72 ނޮވެމްބަރ 2016* .27 ކަމަށް ބ ލެވެއެވެ.

4އެމް.އާރު.ޑީ.ސީ އުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި، އެކުންފުނީގެ ދަށުން ކުރަމުންދިޔަ މަސައްކަތް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ (މީގެ ފަހުން ހައުސިންގ މިނިސްޓްރީ ކަމަށް ބަޔާންކުރާ) ދަށަށް ބަދަލު ކުރެވުނެވެ. އެއާއެކު، ގދ.ތިނަދޫ އިސްލާމިކް ސެންޓަރ އިމާރާތްކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެމް.އާރު.ޑީ.ސީ އާއި ޕްރަސާރިއޯ އާއެކު ސޮއިކޮށްފައިވާ އިސްވެ ބަޔާންކުރެވުނު އެއްބަސްވުން ހައުސިންގ މިނިސްޓްރީގެ ދަށަށް ބަދަލު ކުރެވުނެއެވެ. އަދި ގދ.ތިނަދޫގައި އިމާރާތް ކުރަމުންދާ އިސްލާމީ މަރުކަޒާ ގުޅޭ ގޮތުން 17 އޭޕްރީލް 2018 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ބައްދަލުވުމުގައި ކަންތައްތަކެއް ނިންމިއެވެ. އެގޭ ތެރެއިން އެއްކަމަކީ، އެމް.އާރު.ޑީ.ސީ އާއި ޕްރސާރިޔަ އާ ދެމެދު ހިނގަމުންދާ ހުރިހާ ޑިސްޕިއުޓްތައް، މި ޕްރޮޖެކްޓްގެ މަސައްކަތަށް ބުރޫ ނާރާނެހެން، އެފަރާތްތަކާއެކު މަޝްވަރާކޮށްގެން ޙއްލުކުރަ މެވެ.

5ބަޔާންވެދިޔަ ގޮތުގެ މަތިން، އެމް.އާރު.ޑީ.ސީ އާއި ޕްރަ ސާރިޔޯ އާ ދެމެދު ހިނގަމުންދާ ހުރިހާ ޑިސްޕިއުޓްތައް، ޙައްލުކުރުމާއިއެކު އެމަސައްކަތް ކުރިއށަ ގެންދިއުމަށް 27 ޖޫން 2018 ގައި ހައުސިންގ މިނިސްޓްރީ އަދި ޕްރަސާރިއޯގެ ފަރާތުން "ގދ.ތިނަދޫ އިސްލާމިކް ސެންޓަރ އިމާރާތްކުރުމުގެ މަސައްކަތުގެ ސެޓްލްމންޓަ އެއްބަސްވުން" ގެ ނަމުގައި ސެޓްލްމަންޓް އެގްރީމެންޓެއްވެ ސޮއިކޮށްފައި ދެފަރާތުން ސިއްކަ ޖަހާފައިވެއެވެ.

6އޭގެ ފަހުން، 18 މާރިޗް 2019 ގައި ޕްރަސާރިއޯ އިން އިސްލާމިކް މިނިސްޓްރީގެ މައްޗަށް އިހުމާލުވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލާއި، މަދަނީ މަސްއޫލިއްޔަތުގެ ދަށުން ބަދަލު ނަގައިދިނުމަށަ އެ ދ ދަޢުވި ހުށަހެޅި އެވެ. މިހާރު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ ނަންބަރު:(AGR)138/PRIV/2018/278 (ގދ.ތިނަދޫ އިސްލާމިކް ސެންޓަރ އ މާރާތްކުރުމުގ މަސައްކަތުގެ ސެޓްލްމަންޓް އެއްބަ ސްވުން). ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު: SD/138/2018/87-I (24 އޭޕްރީލް 2018) ސިޓީ. ނަންބަރު:2018/278PRIV//138(AGR) ދަށު ކޯޓަށް ހުށަހެޅި ދަޢުވާގެ މައިގަނޑު:

7ޕްރަސާރިއޯ އިން ދަށު ކޯޓަށް ހުށަހެޅިދަޢުވާގައި ބަޔާންކޮށްފައިވަނީ؛ " ގދ.ތިނަދޫ އިސްލާމިކް ސެންޓަރ އިމާރާތް ކުރުމަށް ޕްރަސާރިއޯ އާއި އެމް.އާރު.ޑީ.ސީ އާ ދެމެދު ވެވުނު ސަބް- ކޮންޓްރެކްޓިންގ އެއްބަސްވުމުގެ މަސައްކަތުގެ ވެރިފަރާތުގެ ހައިޞިއްޔަތުންނާއި، ޕްރޮޖެކްޓްގެ ކޮންސަލްޓެންސީ އާއި ކުރހުންތަކާއ އަދި އެފަދަ ޓެކްނިކަލެ ނިންމުންތަށ ނިންމަމުން ދިޔަ ފަރާތް ކަމުގައިވާ އިސްލާމިކް މިނިސްޓްރީގެ އިހުމާލުން ކުރެހުމުގަޔާއި ބީ.އޯ.ކިއު ގައު ހުރި މައްސަލަތަކާއި ހެދި އެކަންކަން ޙައްލުކުރުމަށްޓަކައި ދަޢުވާކުރަންޖެހުމުނ ވެފައިވް ގެއްލުން ނަގައިދިނުމަށާއި، އަދި މިސްކިތަށް ބޭނުންވާ ސާމާނު ހޯދުމަށްޓަކާ ޕްރަސާރިއޯގެ ފަރާތުން އިސްލާމިކް މިނިސްޓްރީގެ މަންދޫބުންނާއިއެކު، ރާއްޖެއިން ބޭރަށް މުދާ ހޯދުމަށް ކުރި ދަތުރުގައި އިސްލާމިކް މިނިސްޓްރީގެ މަންދޫބުންގެ އިރުޝާދާއިއެކު ގަނެގެން ގެނައި ބައެއް ސާމާނު ޕްރޮޖެކްޓްގެ މެއިން ކޮންޓްރެކްޓަރ ބަލައި ނުގަތުމުގެ ސަބަބުން ވެފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ކުރާ ދަޢުވާ" އެއްކަމަށެވެ. ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް:

8ސިވިލް ކޯޓުގެ ނަންބަރު: C/2019-Cv/1204 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާ ނިންމާފައިވަނީ؛ "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި ހުށަހެޅިފައިވާ ބަޔާންތަކަށާއިލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ގދ. ތިނަދޫ އިސްލާމިކް ސެންޓަރ ޢިމާރާތްކުރުމުގެ ޕްރޮޖެކްޓް އަކީމޯލްޑިވްސ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި ޕްރަސާރިއޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ދެމެދު ސޮއިކޮށްފައިވާ ނަންބަރު MRDC/AG/2016/59 އެއްބަސްވުމުގެ ދަށުން އެމް.އާރު.ޑީ.ސީގެ ފަރާތުން ސަބް- ކޮންޓްރެކްޓްގެ އުޞޫލުން ޕްރަސާރިއޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވާ މަސައްކަތެއްކަމާއި، އަދިއެމް.އާރު.ޑީ.ސީ އުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާއި ގުޅިގެން ބަޔާންވެދިޔަ ޕްރޮޖެކްޓާއ ގުޅި އެންމެހާ މަސައްކަތެއް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (މިހާރުގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ) ގެ ދަށަށް ބަދަލުވުމާއި ގުޅިގެން އެ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެމް.އާރު.ޑީ.ސީއާއި ޕްރަސާރިއޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކަށ ޙައްލެއް ހޯދުމުގެ ގޮތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ޕްރަސާރިއޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ދެމެދު ސެޓްލްމަންޓް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތްހިނދު މިދަޢުވާ އެމައްޗަށް ބިނާވެފައިވާ ސަބް- ކޮންޓްރެކްޓް އަދި ސެޓްލްމެންޓް އެއްބަސްވުމުގެ ބައިވެރިއަކަށް ނުވާ ފަރާތެއްކަމުގައިވާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ މައްޗަށް ރައްދުވާގޮތަށް މިހާރު ހުށަހެޅފައިވާގޮތަށް މިދަޢުވާކުރިއަށި ގެންދެވޭނެ ޤާނޫނީ ހަމައެއް ދަޢުވާކުރާ ފަރާތަށް ދެއްކިފައިނުވާތީ މިހާރު ހުށަހެޅިފައިވާގޮތަށް މިޤަޟިއްޔާގެ ޝަރީޢަތް އިތުރަށްކުރިއަށ ގެންދާން ތަނތެ ނެތްކަމަށް ކަނޑައަޅަ އިޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ." މިފަދައިންކަން އެޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ. އިސްތިއުނާފީ ނުކުތާތައް:

9ސިވިލް ކޯޓުގެ ނަންބަރު : C/2019-Cv/1204 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ، ޕްރަސާރިއޯގެ ފަރާތުން ތިރިގައިވާ ނުކުތާތައް ހުށަހަޅައި އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މި ގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:

1.9. އިޖުރާޢީ ނުކުތާއަކީ، ކަނޑައެޅިފައިވާ ވަކި އުޞޫލެއްގެ ދަށުން، ދަޢުވާއެއް ކުރެވުމުން ދަޢުވާގެ މައުޞޢޫ ގައި ބަޔާނކުރް މައްސަލައިގާ ޝަރީޢަތް ކުރިޔަށް ގެންދިޔުމަށް ޤާނޫނީގޮތުން ހުރަސްތަކެއް ހުރިނަމަ އެފަދަކަންތައްތަކެއްގެ މައްޗަށް ބިނާކޮށް، ހުށަހަޅަންޖެހޭ ކަމެއްނަމަވެސް، ދަޢުވާލިބޭ ފަރާތުން ހުށަހެޅި އިޖުރާޢީ ނުކުތާގައި މައްސަލައިގައި މައުޟޫޢީގޮތުން ޖަވާބުދާރވެގެނީ މެނވު ދަޢުވާލިބޭ ފަރާތުން އިހުމާލެއް ވެފައިވާކަން ސާބިތު ނުކުރެވޭނެ ކަންކަން ހުރި ނަމަވެސް އެކަމަށް ރިޢާޔަތް ނުކޮށް، އަދި އެކަން އިޖުރާޢީ ނުކުތާގެ ޖަވާބުގައި ދަޢުވާކުރާ ފަރާތުން ފާހަގަ ކުރުމުންވެސް، އިޖުރާޢީ ނުކުތާގެ ތެރެއިން މައްސަލައިގައި މައުޟޫޢީގޮތުން ޖަވބުދާރީވާންޖެހާ ކަމެއްގައި ދަޢުވާލިބޭ ފަރާތުން ޖަވާބުދާރީ ވެފައިވުމާއި، ދަޢުވާލިބޭ ފަރާތުން އިސްލާމިކް މިނިސްޓްރީއަކީ ސަބް- ކޮންޓްރެކްޓިން އެއްބަސްވުމުގެ ބައިވެރިއަކަށް ނުވާތީ ދަޢުވާއަށް ޒިންމާވާން ނުޖެހޭނެ ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއަކީ އިޖުރާޢީ ނުކުތާއެއް ކަމަށް ބަލައިގަނެ، މައްސަލަ ނިންމާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

2.9. ދަޢުވާ ހުށަހަޅާފައިވަނީ އެއްބަސްމުމާއި މެދު ޚިލާފު އުފެދިގެން ހުށަހަޅާ މައްސަލައެއްގެ ގޮތުގައި ނޫންކަމާއި، މައްސަލަ ހުށަހަޅާފައިވަނީ އިހުމާލުވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލާއި، މަދަނީ މަސްއޫލިއްޔަތުގެ ދަށުން ބަދަލު ނަގައިދިނުމަށް އެދި ހުށަހަޅާ ދަޢުވާއެއްގެ ގޮތުގައި ކަމާއި، މިގޮތުން އިހުމާލުގެ ސަބަބުން ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި ހުށަހަޅާ ދަޢުވާ ކުރިޔަށް ގެންދިޔުމުގައި ދަޢުވާލިބޭ ފަރާތާއި ދަޢުވާކުރާ ފަރާތާއި ދެމެދު ސީދާ ލިޔުމުން އެއްބަސްވުމެއް އޮންނަން ނުޖެހޭނެ ކަމާއި، އިހުމާލުވުމުގެ ސަބަބުން މަދަނީ ގެއްލުމަށް ޒިންމާކުރުވުމާއ ބެހި ޤާނޫނެއް )Tort Law( ދިވެހިރާއްޖޭގައި ވަކި ޤާނޫނެއްގެ ގޮތުގަ އ ފާސްކޮށްފައި ނުވިނަމަވެސް، އިހުމާލުވުމުގެ ސަބަބުން ގެއްލުން ލިބޭ ޙާލަތުގައި އެފަދަ ގެއްލުމެއްގެ ބަދަލު ނަގައިދިނުމުގައި އެފަދަ ބަދަލެއް ނަގައިދިނުމަށް އެދޭ ފަރާތާއި އިހުމާލެއްވ ފަރާތާއި ދެމެދި ލިޔެކިޔުމުން އެއްބަސްވުމެއް އޮންނަން ނުޖެހޭނެކަން، މިނިވަން ދިމިޤުރާތީ މުޖުތަމަޢު ތަކުގައިވެސް ޢަމަލުކުރާ ޓޯރޓް ލޯ )Tort Law( ގެ މަބްދައުތަކުން ސާފުވާކަމާއި، ނަމަވެސް މައްސަލަ ނިންމުމުގައި ދަޢުވާލިބޭ ފަރާތާއި ދަޢުވާކުރާ ފަރާތާއި ދެމެދު އެއްބަސްވުމެއް ނެތްކަމަށް ބަލާ ދަޢުވާ މައުޟޫޢީ ގޮތުން ކުރިޔަށް ނުގެންދެވޭނެ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުގެ މައިގަނޑު ވާހަކަ:

10އިސްލާމީކް މިނިސްޓްރީ އަކީ މައްސަލައިގެ މައުޟޢޫގައ ހިމެނި ޕްރޮޖެކްޓްގެ ވެރިފަރާތެވެ. ވެރިފަރާތުގެ ހައިޞިއްޔަތުން ޕްރޮޖެކްޓްގެ ކުރެހުންތަކާއި ބީ.އޯ.ކިއު ގެ އިތުރުން ޕްރޮޖެކްޓަށް ބޭނުންވާ ސާމާނު އެޕްރޫވް ކުރުމާއި ޕްރޮޖެކްޓުގެ ކޮންސަލްޓެންސީގެ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. މިގޮތުން އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސީދާ ސައިޓަށްގޮސް ކަންކުރަންވީގޮތް އަންގައި އިންސްޕެކްޝަން ރިޕޯޓް ހަދައި، ޕްރޮޖެކްޓް އަވަހަށް ނިންމުމުގެ ގޮތުން އިސްތިއުނާފުކުރާ ފަރާތާއު ސީދާ މުޢާމަލާތު ކ ށްފައިވާކަމަށެވެ. އަދި ޕްރޮޖެކްޓަށް ބޭނުންވާ ސާމާނު ގެނައުމަށް ދަތުރުތައްކޮށް ތަކެތި ސިލެކްޓްކޮށް ހަދާފައިވާ ކަމަށެވެ. ޕްރޮޖެކްޓްގެ ވެރިފަރާތުގެ ހައިޞިއްޔަތުންނާއި ކޮންސަލްޓެންޓްގެ ހައިޞިއްޔަތުން ކުރި ކަންކަމާއި ދިން އިރުޝާދުތަކާއި އެފަރާތުން ދިން ކުރެހުމާއި ބީ.އޯ.ކިއު ގައު ހުރި މައްސަލަތަކުން ދިމާވި ގެއްލުމުގެ ޒިންމާ އިސްލާމިކް މިނިސްޓްރީން އުފުލންޖެހޭނ ކަމަށެ ދެކޭ ކަމަ ށެވެ.

11މަދަނީ ގޮތުންވާ އިހުމާލުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާ ކުރާއިރު، ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އޮންނަން ނުޖެހޭނެ ކަމަށެވެ. ދެފަރާތުން ވަކި ގޮތަކަށް މުޢާމަލާތެއް ހިންގައިފިނަމަ، ނުވަތަ އެއްފަރާތުން ކުރި ނުވަތަ ޒިންމާ އުފުލަންޖެހޭ ކަމެއްގައި ފަރުވާކުޑަކުރުމުގެ ސަބަބުން ނުވަތަ އިހުމާލެއވުމުގް ސަބަބުން އަނެއް ފަރާތަށް ގެއްލުމެއް ލިބިއްޖެނަމަ، އެފަދަ އިހުމާލެއްވިފަރާތެއް އެގެއްލުމަށް ޒިންމާ އުފުލަންޖެހޭނެ ކަމަށެވެ. އެގޮތުން އެޢަމަލެއ ކުރް ފަރާތަކުން ޑިއުޓީ އޮފް ކެއަރ )of care duty( އެއް އޮންނާނެ ކަމަށެވެ. އެޢަމަލެއ ކުރާއިރު ނުވަތަ ނުކޮށްދޫކޮއްލާއިރު، ވެވޭ އިހުމާލަކީ އަނެއް ފަރާތަށް ގެއްލުން ވެދާނެ ކަމެއްތޯ ޔަޤީން ކުރަންޖެހޭ ކަމަށެވެ.

12އެހެންވެ، މިމައްސަލައިގައި ކޮންޓްރެކްޓްގެ ބައިވެރިއަކަށް ނުވާކަމަށްބުނެ، އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ ކަންތައްތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ޒިންމާ އެމިނިސްޓްރީން އުފލު ންނުޖެހޭކަމަށަ އިޖުރާއީ ގޮތުން ނިންމާފައިވަނީ ރނަ ގަޅަށް ނޫންކަމަށެވެ. އެޒިންމާ އުފލު ންޖެހޭކަން ނުވަތަ ނޫންކަން އެނގޭނީ މައުޟޫ ޢީ ގޮތުން މައްސަލަ ބަލައިގެން ކަމަށެވެ. އެހެންވެ، މިމައްސަލައަކ ބެލޭނީ މައްސަލައެއްކަމަށް ކަނޑައަޅައި ދިނުމަށް އިސްތިއުނާފުކުރާ ފަރާތުން އެދެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުގެ މައިގަނޑު ވާހަކަ:

13އިސްތިއުނާފު ރައްދުވާ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައިވަނީ، ޕްރަސާރިއޯ ދެމެދު އެއްބަސްވުން އޮތީ އެމް.އާރ.ޑީ.ސީ އެކުގައި ކަމަށެވެ. އިސްލާމިކް މިނިސްޓްރީއާ ދެމެދުގައި ނޫންކަމަށެވެ. އެމް.އާރު.ޑީ.ސީ އުވާލުމަށް ނިންމެވުމާއި ގުޅިގެން، އެކުންފުނީގެ މަސައްކަތް ހައުސިންގ މިނިސްޓްރީއަށް ބަދަލުކޮށްފައި ވާކަމަށެވެ. އެހެންކަމުން، މިދަޢުވާއަކީ އިސްލާމިކް މިނިސްޓްރީގެ މައްޗަށް ކުރެވިދާނެ ދަޢުވާއެއް ނޫންކަމަށެވެ.

14ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން އެމައްސަލައިގެ މައުޟޫޢުއަށް ބެލުމުގެ ކުރިން ދަޢުވާ ރައްދުވާ ފަރާތަކީ އެދަޢުވާ ރައްދުކުރެވޭނެ ފަރާތެއްތޯ ކޯޓުން ބަލަންޖެހޭނެ ކަމަށެވެ. އެހެނީ ދަޢުވާ ރައްދު ނުކުރެވޭނެ ފަރާތަކަށް ދަޢުވާ ރައްދުކޮށްގެނ ޙުކުމެއް ކުރިޔަސް އެކުމަކ ތަންފީޛީ ކުރެވޭނެ ޙުކުމެއް ނޫންކަމަށެވެ. ދައުލަތުގެ މައްޗަށް ރައްދުވާ ގޮތަށް ދަޢުވާއެއް ހުށަހަޅާއިރު އެދަޢުވާ ރައްދުވަނީ ދައުލަތުގެ ކަމާބެހޭ ކޮން މުއައްސަސާއެއްގެ މައްޗަށްކަން ކނޑައެޅިގެނ އެނގެން އޮންނަންވާނެ ކަމަށެވެ.

15މިއީ ޕްރިވިޓީ އޮފް ކޮންޓްރެކްޓް )privity of contract( ގެ ދަށުންވެސް އިސްލާމިކް މިނިސްޓްރީގެ މައްޗަށް ރައްދު ނުކުރެވޭނެ ދަޢުވާއެއްކަމަށް ފާހަގަ ކޮށްފައިވެއެވެ. އެހެންވެ، ސިވިލް ކޯޓުގެ ނިންމުމަކީ ރަގޅަ ނިންމުމެއްކަމަށް އިސްތިއުނާފް ރައްދުވު ފަރާތުން ބަޔާންކުރެއެވެ. ފާހަގަކުރެވުނު ކަންކަން:

16އިސްތިއުނާފު ކުރެވިފައިވާ މައްސަލައާއިގުޅިގެނ ދެފަރާތުން ދެއްކި ވާހަކަތަކަށާއި ހުށަހެޅި ލިޔުންތަކަށް ބެލުމުން އަންނަނިވި ކަންކަން ފާހަގަ ކުރެވެއެވެ. އެއްބަސްވުން ވެފައިވާ ގޮތް:

17ގދ.ތިނަދޫގައި އިސްލާމިކް ސެންޓަރެއް ޢމާރާތި ކުރުމުގެ މަސައްކަތް ވެރިފަރާތުގެ ހައިޞއްޔަތުނި އެމް.އާރު.ޑީ.ސީ އާ ޙަވާލު ކުރީ އިސްލާމިކް މިނިސްޓްރީންނެވެ. މި މަސައްކަތުގެ މައި އެއްބަސްވުން އޮތީ، އެމް.އާރު.ޑީ.ސީ އާ އިސްލާމކި މިނިސްޓްރީއާ ދެމެދުގައެވެ.

18އެމް.އާރު.ޑީ.ސީ އާ އިސްލާމިކް މިނިސްޓްރީން އެއްބަސްވުމެއްގެ ދަށުން ޙަވާލު ކުރި ބަޔާންވެދިޔަ ޢމާރާތި ކުރުމުގެ މަސައްކަތް އެމް.އާރު.ޑީ.ސީގެ ފަރާތުން ޕްރަސާރިއޯއ ޙަވާލާ ކުރިއެވެ. އެއީ ސަބް-ކްންޓްރެކްޓަރއެއްގެ ގޮތުގައެވެ.

19HN3އިސްލާމިކް މިނިސްޓްރީ އާއި އެމް .އާރު.ޑީ.ސީ އާ ދެމެދު ވެފައވި މައާ އެއްބަސްވުމުގައި ސަބް -ކޮންޓްރެކްޓް ކުރުމާއި ގުޅޭ ގޮތުން އޮތް އެއްޗެއް އެނގޭކަށް ނެތެވެ. ސަބަބަކީ މައި އެއްބަސްވުން ކޯޓަށް ހުށަހަޅާފައި ނެތުމުންނެވެ. އެހެންކަމުން، އިސްލާމިކް މިނިސްޓްރީ އާއި އެމް.އާރު.ޑީ.ސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ތިންވަނަ ފަރާތެއްގެ މަޞްލަޙަތު ހިމާޔަތް ކުރުމާއި ގުޅޭ ގޮތުން އޮތް އެއްޗެއް ން ނ ގެއެވެ. ފެންނަން އޮތީ، އެމް.އާރު.ޑީ.ސީ އާއި ޕްރަސާރިއޯ އާ ދެމެދު ވެފައިވާ ސަބް- ކޮންޓްރެކްޓެވެ. އެ ސަބް- ކޮންޓްރެކްޓްގައި އިސްލާމިކް މިނިސްޓްރީއާ ޕް ރަސާރިއޯ އާދެމެދު ތަޢާގުދީ އެއްވެސް ގުޅުމެއް އުފަންކުރުވާފައެއް ނެތެވެ. ކޮންޓްރެކްޓް ޤާނޫނާއި ޓޯޓް ޤާނޫނު:

20HN1ޓޯޓް އާއި ކޮންޓް ރެކްޓްއަކީވެސް އެކަމުގައި މަދަނީ ކުށް ހިމެނޭ އެކަމުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާ އުފުލިދާނެ މަދަނީ ދެޤާނޫނެވެ. ޓޯޓުގެ ދަށުން ވާޖިބު އުފެދިގެންދަނ ޤާނޫނުގީ ދަށުންނެވެ. ނަމަވެސް ކޮންޓްރެކްޓްގައި ވާޖިބު އުފެދިގެންދަނީ ބައިވެރިންގެ ފަރާތުންނެވެ. ކޮންޓްރެކްޓެއްގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ކޮންޓްރެކްޓް ނުވަތަ ޓޯޓް ލޯގެ ދަށުން އުފުލަންޖޭ ވާޖިބު ތަކެއް އުފަން ކޮށްފާނެއެވެ. ކޮންޓްރެކްޓެއްގައި ބައިވެރިވާ ފަރާތްތަކުން، ކުރާ ޢަމަލަކުން، ހަމައެކަނި ކޮންޓްރެކްޓްގެ ދަށުން އުފެދޭ ވާޖިބަކަށް ނޫނީ ޓޯޓްގެ ދަށުން އުފެދޭ ވާޖިބަކަށް ނުވަތަ މިދެބައިގެ ދަށުން އުފެދޭ ވާޖިބަކަށް އެއްވަގުތެއްގައިވެސް ޚިލާފުވެފައި އޮވެދާނެއެވެ. އެހެންކަމުން، ވަރަށް ގިނަފަހަރަށް އެލިބުނު ގެއްލުމެއްގެ ޠބީޢަތަށ ބަލައިގެން މެނުވީ އެތަނުނ ޚިލާފުވީ ކޮން ވޖިބަކަށ ނުވަތް ވާޖިބުތަކަކަށާ ކަން ކަނޑައެއްނޭޅޭނެއެވެ. ލިބުނު ގެއްލުމަކީ ހަމައެކަނި އިޤްތިސދާ ގެއްލުމަކަށްވެފައި އެގެއްލުން ބިނާވަނީ ސީދާ އެއްބަސްވުމުގެ މައުޟޫޢުއަށް ނަމަ، އެއީ ހަމައެކަނި ކޮންޓްރެކްޓެއްގެ މައްޗަށް ބިނާވާ ދަޢުވާއެއް ކަމެ ގައި ބެލެވިގެން ދާނެއެވެ.

21HN2ޕްރަސާރިއޯ އިން ދަށު ކޯޓަށް ހުށަހެޅި ދަޢުވާގެ މައުޟޢޫ އަކީ އެމް.އާރު.ޑީ.ސީ (ފަހުން ހައުސިންގ މިނިސްޓްރީ) އާއި ޕްރަސާރިއޯ އާ ދެމެދު އޮތް ސަބް-ކޮންޓްރެކްޓްއ ސީދާ ގުޅިފައިވާ މައުޟޫޢއެކެވެ. މިމަޢުޟޫޢު އާއި އިސްލާމިކް މިނިސްޓްރާއި ގުޅުވާލެވޭ ކޮންޓްރެކްޓްގެ ގުޅުމެއް ނެތެވެ. ސީދާ ވިޔަފާރީގެ އެއްބަސްވުންތަކުން އުފެދޭ ގުޅުންތަކާއ ގުޅިގެނި ޓޯޓް ލޯގެ ދަށުން ދަޢުވާ ކުރުމަށް ހުޅުވާލުމަކީ ގެއްލުން ތަހައްމަލު ކުރުމާއިގުޅޭ ގޮތުން އެއްބަސްވުމުގައި ބަޔާންކުރާ ގޮތް ނިގުޅިގެންދާނެ ސަބަބެކެވެ. އެމް. އާރު. ޑީ. ސީ އާއި ޕްރަސާރިއޯ އާ ދެމެދު އޮތް އެއްބަސްވުން:

22އެމް.އާރު.ޑީ.ސީ އާ ޕްރަސާރިއޯ ދެމެދު އޮތް އެއްބަސްވުމުގައި އެ […] .ޑީ.ސީން ދީފައިވާ މަޢލު މާތަށޫ ބަލާ ޕްރަސާރިއޯ އިން ހުށަހަޅާފައިވާ ބިލް އޮފް ކުއަންޓިޓީގައިވާ އަގަށް އެގްރީމެންޓްގައި ކަނޑައަޅާފައިވާ މަސައްކަތްކޮށް ނިންމަން ޕްރަސާރިއޯ އިން އެއްބަސްވެފައިވެއެވެ. އަދި މަސައްކަތުގައި ބޭނުންކުރާ ތަކެތީގެ ފެންވަރު ދަށްވުމުގެ ސަބަބުން ނުވަތަ އެހެން ގޮތަކުން ލިބޭ ގެއްލުމާއި ހަލާކުވާ ތަންތަނާއި ތަކެތި މަރާމާތުކޮށް ރަނގަޅު ކުރުމަށް ޕްރަސާރިއޯ އިން ޒިންމާވެފައިވެއެވެ. ޕްރަސާރިއޯ އިން މަސައްކަތް ކުރަމުންދާއިރު، އެމް.އާރު.ޑީ.ސީން މަސައްކަތްކުރާ ގޮތް ބެލަހެއްޓަން ޖެހެއެވެ. އެއްބަސްވެފައިވާ މަސައްކަތަށްވުރެ އިތުރަށް މަސައްކަތްތައް ކުރަންވާނީ އެމަސައްކަތެއްގެ ތަފްޞީލު އެމް.އާރު.ޑީ.ސީއަށް ދިނުމަށްފަހު، އެފަރާތުން އެޕްރޫވް ކުރުމުންނެވެ. މިފަދަ މަސައްކަތަށް އަގު ހުށަހަޅާނީ ބިޑް ހުށަހެޅިއިރު ދީފައިވާ ރޭޓުންނެވެ. އެމް.އޭރު.ޑީ.ސާގެ ބޭނުމަށް މަސައްކަތަށް ބަދަލު ގެނައުމުގެ ބާރު އެއްބަސްވުމުގެ ދަށުން ލިބިދީފައިވެއެވެ. އަދި އެފަދަ ބަދަލުތަކަށް އަގުދޭނ ގޮތެ ބަޔާން ކޮށްފައިވެއެވެ. މިއެއްބަސްވުމުގެ އެއްވެސް މާއްދާއެއްގައި އިސްލާމިކް މިނިސްޓްރީ އަކީ ވެރިފަރާތް ކަމަށް ނުވަތަ ކޮންސަލްޓަންޓް ކަމަށް ބަޔާންކޮށްފައެއް ނެތެވެ. އަދި އިސްލާމިކް މިނިސްޓްރީން ނުވަތް ކޮންސަލްޓަންޓް އަންގާ އެންގުންތައް އަންގާނީ ކޮންފަރާތަކަށްކަން ބަޔާންކޮށްފައެއްނެތެވެ. އަދި ކޮންސަލްޓަންޓް އަންގާ އެންގުންތަކާއިމެދު ޕްރަސާރިއޯ އިން ޢަމަލު ކުރަންވަ ގޮތް ސާފުކޮށް ބަޔާންކޮށްފައެއްނެތެވެ. އެއްބަސްވުމުގެ ނަންބަރު:MRDC/AG/2016/59، (ސަބް-ކޮންޓްރެކްޓް) ގެ 1 ވަނަ މާއްދާ. އެއްބަސްވުމުގެ ނަންބަރު:MRDC/AG/2016/59، (ސަބް-ކޮންޓްރެކްޓް) ގެ 3 ވަނަ މާއްދާގެ އ. އެއްބަސްވުމުގެ ނަންބަރު:MRDC/AG/2016/59، (ސަބް-ކޮންޓްރެކްޓް) ގެ 4 ވަނަ މާއްދާގެ ނ. އެއްބަސްވުމުގެ ނަންބަރު:MRDC/AG/2016/59، (ސަބް-ކޮންޓްރެކްޓް) ގެ 5 ވަނަ މާއްދާގެ ޅ. އެއްބަސްވުމުގެ ނަންބަރު:MRDC/AG/2016/59، (ސަބް-ކޮންޓްރެކްޓް) ގެ 6 ވަނަ މާއްދާ.

23އިސްލާމިކް މިނިސްޓްރީން 24 ޖނަވަރަ 2018 ގައި ގދ.ތިނަދޫ އިސްލާމިކް ސެންޓަރުގެ "އިންސްޕެކްޝަން ރިޕޯޓް"އެއް ތައްޔާރުކޮށްފައިވެއެވެ. އެރިޕޯޓް ތައްޔާރު ކޮށްފައިވަނީ، އިސްލާމިކް މިނިސްޓްރީގެ ކޮންސްޓްރަކްޝަން އޮފިސަރެވެ. މިރިޕޯޓްގައި ގދ.ތިނަދޫ އިސްލާމިކް ސެންޓަރުގައި މަސައްކަތް ކރިއަށްގޮސު ފައް ހުރިވަރާއި ނުކުރެވި ހުރި މަސައްކަތާއި އަދި ކޮށްފައި ހުރި މަސައްކަތްތަކުގެ ތެރެއިން އަލުން ރަނގަޅު ކުރަންޖެހޭ މަސައްކަތާއި މިނޫންވެސް އެހާތަނަށް އެމަސައްކަތް ގޮސްފައިވާ ގޮތުގެ މަޢުލޫމާތު ހިމެނިފައިވެއެވެ. މިރިޕޯޓޫ ގައު ކޮންޓްރެކްޓަރ ގެ ގޮތުގައި ބަޔާންކޮށްފައި އޮތީ އެމް.އާރު.ޑީ.ސީ އެވެ. ކޮންސަލްޓަންޓް ގެ ގޮތުގައި ބަޔާންކޮށްފައި އޮތީ އިސްލާމިކް މިނިސްޓްރީއެވެ.

24މިކަންކަމުން އެނގިގެންދަނީ އިސްލާމިކް މިނިސްޓްރީގެ މައްޗަށް ޕްރަސާރިއޯއިނ ކުރް ދަޢުވާގެ މައުޟޫޢއަކު ކޮންޓްރެކްޓަކަށް ރައްދުވާ މައުޟޫޢުއެއް ކަމެވެ. މިޙާލަތުގައި، އިސްލާމިކް މިނިސްޓްރީން އެމް.އާރު.ޑީ.ސީ އަށް އަންގާ އެންގުންތަކާއ ގުޅިގެނި އެމް.އާރު.ޑީ.ސީ އިން ކޮންޓްރެކްޓަރުގެ ހައިޞިއްޔަތުން ކުރަންޖެހޭ ކަންކަން އަންގާނީ ސަބް-ކޮންޓްރެކްޓަރ ޕްރަސާރިއޯ އަށެވެ. އެކަމަކީ، އެމް.އޭރު.ޑީ.ސީ އާއި ޕާ ރަސާރިއޯ އާ ދެމެދު ވެފައިވް އެއްބަސްވުމުގެ ދަށުން ވޭރިއޭޝަނެއ ނުވަތް އިތުރު މަސައްކަތެއްގެ ގޮތުގައި ހިމެނޭ ކަމެއްނަމަ، އެކަމުގެ ފަރުވާ ވަނީ އެމް.އާރު.ޑީ.ސީ އާއި ޕްރަސާރިއޯ ދެމެދު ވެފައިވާ އެއްބަސްވުމުގައެވެ.

25HN4ބަޔާންވެދިޔަ ކަންކަން އެހެން ހުރުމުން، އެމް.އާރު.ޑީ.ސީ އާއި ޕްރަސާރިއޯ އާ ދެމެދު އުފެދިފައިވާ ސ ބ-ކޮންޓްރެކްޓެއްގެ ދަށުން، ޕްރަސާރިއޯގެ މައްޗަށް އަދާކުރަންޖެހޭ ޤާނޫނީ ޒިންމާއެއް އިސްލާމިކް މިނިސްޓްރީގައި ނުވަތަ އެމިނިސްޓްރީގެ މުވައްޒަފެއްގެ މައްޗަށް އޮތްކަމަށް ބުރައެއް ނުވެވެއެވެ. އިހުމާލުގެ ސަބަބު ނ ބަދަލް ނަގައިދެވޭނަމަވެސ އެކަން ކުރެވޭނީ، އަދާކުރަންޖެހޭ ޤާނޫނީ ޒިންމާއެއް އޮވެ، އެޒިންމާއާ އެފަރާތަކުން ޚިލާފުވުމާއެކު އެޚިލާފުވުމުގެ ސަބަބުން ސީދާ ގެއްލުން ލިބިފައި އޮތް ނަމައެވެ. ހަމައެހެން، އެގެއްލުމަކީ މާދުރު ނުވަތަ ނުސީދާ ގެއްލުމެއް ކަމަށް ނުވުމެވެ. ވީމާ، ޕްރަސާރިއޯ އާއި އިސްލާމިކް މިނިސްޓްރެ އާމެދު ފަރުވާތެރިވާންޖެހޭ ޤާނޫނީ ވާޖިބެއް ނެތުމުން، މިއީ ޓޯޓް ލޯ ދަށުންވެސް އިސްލާމިކް މިނިސްޓްރީއަށް ރައްދު ކުރެވޭނެ ދަޢުވާއެއް ނޫނެވެ.

26HN5އިސްލާމިކް މިނިސްޓްރީގެ މަންދޫބުންނާއިއެކު ޕްރަސާރިއޯ އިން ރާއްޖެއިން ބޭރަށް ތަކެތި ހޯދުމަށް ދިޔަކަމަށް ބުނބާ ނުމަކު ކިހިނެއް ކޮންގޮތަކުން ބާރުލިބިގެން ކުރިކަމެއް ކަމެއް އެނގޭކަށް ނެތެވެ. ސަރުކާރުގެ އެކިއެކި ފަރާތްތަކުން މަސައްކަތް ނަގާފަރާތްތަކުން، އެއްބަސްވުމުގައި ހިމެނިފައިނެތް އަދި އެކަމަށް ޤާނޫނުން ބާރުލިބޭ އެއްވެސް ގޮތެއް އނެ ގެން ނެތް ގޮތްތަކަށް މަސައްކަތްދިނ އިދާރް ނުވަތާ އެމަސައްކަތާއ ގުޅި ސަރުކާރުގެ މުވައްޒަފުންގެ ގޮވައިގެން މިފަދައިން ބޭރު ދަތުރުތައްކޮށް އެދަތުރުތަކަށް ޓޯޓް ގާނޫނުގެ ދަށުން ކޯޓުން ބަދަލޯ ނަގައިދޭ ން ވެއްޖެނަމަ، އެކަން ނޫން ދެން އެހެން އިތު ރ ކަމެއު ކޯޓުތަކަށް ކުރަން ވަގުތު ލިބިދާނެ ކަމަށް ނުވިސްނެއެވެ. ވީމާ މިއީ ހުޅުވާލެވޭނެ ދޮރެއް ކަމކަ ށ ނުދެކެމެވެ. އެމް. އާރު. ޑީ. ސީ މަޤާމަށް ހައުސިންގ މިނިސްޓްރީ އައުން:

27HN6ޕްރަސާރިއޯ އާއި ދެމެދު އެއްބަސްވުމެއް ވެފައިވަނީ އެމް.އާރު.ޑީ.ސީ އިންނެވެ. ނަމަވެސް އެމް.އާރު.ޑީ.ސީ އުވާލުމަށް ނިންމުމާއި ގުޅިގެން، އެމް.އާރު.ޑީ.ސީ އާ ޕްރަސާރިއޯ ދެމެދު އޮތް އެއްބަސްވުން ނަގުލުކޮށްފައިވަނީ ހައުސިންގ މިނިސްޓްރީ އަށެވެ. ހައުސިންގ މިނިސްޓްރީއަށް މިއެއްބަސްވުން ނަގުލު ކުރަންބެލިއިރު، އެހާތަނަށް އެމް.އާރު.ޑީ.ސީ އާ ޕްރަސާރިއޯ އާ ދެމެދު ޚިލާފުތައް އުފެދިފައިވާކަން އެނގެއެވެ. އެޚިލާފުތައް ޙައްލު ކުރުމަށް ވެވުނު ސެޓްލްމެންޓް އެގްރީމެންޓްގެ 9 ވަނަ މާއްދާ ތިރީގައި ބަޔާން ކޮށްފައި އެވަނީ އެވެ. " 9.1 މިއެއްބަސްވުމާ ހަމައަށް އައުމުގެ ކުރިން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި ޕްރަސާރިއޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާއެކު ސޮއިކޮށްފައިވާ ނަންބަރު: MRDC/AG/2016/59 އެއްބަސްވުމުގެ ދަށުން މަސައްކަތް ނުނިމި ލަސްވުމުގެ ސަބަބުންނާއި، މުއްދަތަށް ގެނެވުނު ބަދަލުތަކާއި، މަސައްކަތަށް ގެނެވުނު ވޭރިއޭޝަންތަކާއި މިނޫންވެސް މި އެއްބަސްވުމުގެ ދެބައިވެރިންގެ މެދުގައި އުފެދުނު ހުރިހާ ހިޔާލު ތަފާތުވުންތަކެއް މިއެއްބަސްވުމުގައި ސޮއިކުރުމާއެކު ނެތިދިޔައީކަމަށް އެއްބަސްވުމުގެ ދެބައިވެރިންވެސް އެއްބަސްވެއެވެ. މިގޮތުން ދެފަރާތުގެ ދެމެދުގައި އެންމެ ފަހުން އެއްބަސްވެވުނީ ހަމައެކަނި މިއެއްބަސްވުމުގައި ޖަދުވަލު 4ގެ ގޮތުގައި ހިމަނާފައިވާ ޙަވާލުކުރި ފަރާތުން އެޕްރޫވްކޮށްފައިވާ ވޭރިއޭޝަންތަކަށްކަން ދެފަރާތުން އެއްބަސްވެއެވެ.

9.2 މިމާއްދާގެ 9.1 ގައިވާ ގޮތުގެ މަތިން ދެފަރާތުގެ މެދުގައި އުފެދުނު ހުރިހާ ހިޔާލު ތަފާތުވުންތަކެއްގެ ސެޓްލްމަންޓް އެއްބަސްވުމަކީ މިއީކަމުން މީގެ ކުރިން ޙަވާލުވިފަރާތުނ މަސައްކަތަށް ގެނެވުނު ވޭރިއޭޝަންއ ގުޅިގެނާ ހޯދުމަށް ހުށަހެޅި އެއްވެސް ފައިސާއަކާމެދު މިއެއްބަސްވުމުގައި ސޮއިކުރުމާއެކު އިތުރަށް ދަޢުވާ ނުކުރުމަށާއި އެފަދަ ހުރިހާ ފައިސާއަކާމެދު ދަޢުވާކުރުމުގެ ޙައްޤު ދޫކޮށްލުމަށް ޙަވާލުވި ފަރާތުން އެއްބަސްވެއެވެ." މިފަދައިންނެވެ.

28ވީމާ، އެމް.އާރު.ޑީ.ސީ އާ ޕްރަސާރިއޯ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އުފެދިގެންދާނެ ދަޢުވާތަކާއި ގުޅިގެނަ އޮތްގޮތް މަތީގައި އެވަނީއެވެ. މިދަޢުވާތަކަށ އޮތް އިސްތިސްނާ މިސެޓްލްމަންޓް އެއްބަސްވުމުގެ 9.3ގައި ބަޔާންކޮށްފައި އެބައޮތެވެ.

29ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު: C/2019-Cv/1204 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުމަކީ ޤާނޫނީ ރނަ ގަޅު ނިންމމުއްކަމަށ އަހުރެންނަށް ބުރަވވެ އެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

—

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ