ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2018/HC-A/376

އިސްމާޢީލް ވާފިރު ވ. ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް

ނިންމުމުގެ ބައި ލިޔުމުގައި ނުހިމެނޭ (ތަޙުލީލުގައި ފުރަތަމަ…
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 28 އޮގަސްޓް 2022ދަށު ކޯޓު: ސިވިލް ކޯޓު 2347/Cv-C/2017ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 2347/Cv-C/2017
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ޢިމާރާތުގެ ކޮންޓްރެކްޓް ނިމުމަކަށް ގެނައުމަށް ދެފަރާތުން ސޮއިކުރި 3 ސެޕްޓެމްބަރު 2016 ގެ ސެޓްލްމަންޓް އެއްބަސްވުމަށް ފަހު، މަސައްކަތުގެ ފެންވަރާ ގުޅޭ ގެއްލުމުގެ ބަދަލަށް ކޮންޓްރެކްޓަރުގެ މައްޗަށް އިތުރު ދަޢުވާއެއް ކުރެވޭތޯ؛ އަދި އަސްލު އެއްބަސްވުމުގެ 4.6 ވަނަ މާއްދާ (ރަނގަޅުކުރުން) އާއި 14 ވަނަ މާއްދާ (އުވާލުމުގެ ނޯޓިސް) ސިވިލް ކޯޓުން މާނަކުރީ ރަނގަޅަށްތޯ.

ނިންމުން

ނިންމުމުގެ ބައި ލިޔުމުގައި ނުހިމެނޭ (ތަޙުލީލުގައި ފުރަތަމަ…

ނިންމުމުގެ ބައި ލިޔުމުގައި ނުހިމެނޭ (ތަޙުލީލުގައި ފުރަތަމަ އިސްތިއުނާފީ ނުކުތާ ޤަބޫލުކޮށްފައި ނުވޭ)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 އެއްބަސްވުމުގެ މާއްދާއެއް މާނަކުރުމާމެދު ބައިވެރިންގެ މެދުގައި ޚިލާފު އުފެދޭ ޙާލަތުގައި، ބައިވެރިންގެ މަޤްޞަދު ދެނެގަތުމަށް އެއްބަސްވުމުގައިވާ ޖުމްލަ މާއްދާތަކާއި، އެއްބަސްވުން އެކުލަވާލެވުނު ގޮތާއި، މުޢާމަލާތް ހިނގާފައިވާ ގޮތާއި، މުޅި އެއްބަސްވުމުގެ ވަށައިގެންވާ ކަންކަމަށް ބަލަންޖެހޭނެއެވެ (2015/HC-A/164 ގެ އުޞޫލު).

HN2 ބިނާކުރުމުގެ ފެންވަރާ ގުޅޭ ޚުޞޫމާތު ހުރިކަން ދެފަރާތަށް އެނގިހުރެ، އަސްލު އެއްބަސްވުމުގައިވާ އިޖުރާއަތުން ދުރަށް ގޮސް، އަސްލު އެއްބަސްވުން ނިމުމަކަށް ގެނައުމަށް ވެވޭ ސެޓްލްމަންޓް އެއްބަސްވުމެއްގައި ފައިސާ ދައްކާ ނިމުމުން މުޢާމަލާތް ނިމުނީކަމަށް ބަޔާންކޮށްފައިވާނަމަ، އެ ކަންކަމާ ގުޅިގެން ފަހުން ގެއްލުމުގެ ބަދަލަށް ޒިންމާވާންޖެހޭ ގޮތަށް ފައިސާ އަނބުރާ ދެއްކުމަށް އެއްބަސްވީ ކަމަށް އެ އެއްބަސްވުން މާނަ ނުކުރެވޭނެއެވެ؛ އެގޮތަށް މާނަކުރުމަކީ ކޮންޓްރެކްޓް މާނަކުރުމުގައި ގެންގުޅޭ 'ބިޒްނަސް / ކޮމާޝަލް ކޮމަން ސެންސް' އުޞޫލާ ޚިލާފު މާނަކުރުމެކެވެ.

HN3 އެއްބަސްވުމުގައި ރަނގަޅުކުރުމުގެ މާއްދާ (4.6) ގެ ދަށުން ނޯޓިސް ދިނުމުގެ ވަކި އުޞޫލެއް ބަޔާންކޮށްފައި ނުވާއިރު، އެއްބަސްވުމުގެ ދަށުން ދެވޭ ކޮންމެ ނޯޓިހަކީ އެއްބަސްވުން އުވާލުމުގެ މާއްދާ (14) އާ އެއްގޮތަށް ދޭންޖެހޭ ނޯޓިހަކަށް ވާން ނުޖެހެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފާޠިމަތު ފަރްހީޒާ، މުޙައްމަދު ފައިޞަލް، ޙަސަން ޝަފީޢު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފާޠިމަތު ފަރްހީޒާ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1މިއީ، ސިވިލް ކޯޓުގެ ނަންބަރު 7C/201-Cv/2347 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ، ޝަރުޢީ ނުވަތާ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ކ. މާލެ، އިސްމާޢީލް ވާފިރގެ ފަރާތުން އެމައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.

2މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑެވެ.

ކަންހިނގާފައިވާ ގޮތް

3"ގ. ރަންގިރީގެ، 10 ބުރީގެ ޢިމާރާތުގެ ކޮންކްރީޓް މަސައްކަތްކުރުމަށް ކުރެވޭ ކޮންޓްރެކްޓް އެގްރިމެންޓް" ނަމުގައި އިސްމާޢީލް ވާފިރު އާއި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ނުވަތަ އާރު.ސީ.ސީ) އާއި ދެމެދު 15 ޖުލައި 2015 ގައި އެއްބަސްވުމެއް ވެވުނެވެ.

4މި އެއްބަސްވުމުގެ ދަށުން ބުނެވި ދިޔަ 10 ބުރީގެ ޢިމާރާތްކުރުމުގެ ޖުމްލަ އަގަކީ 11,106,433.90 (އެގާރަ މިލިއަން އެއްލައްކަ ހަހާސް ހަތަރުސަތޭކަ ތެއްތިރީސް ރުފިޔާ ނުވަދިހަ ލާރި) އެވެ. […] 10 ބުރި ޢިމާރާތުގެ ކޮންކްރީޓް މަސައްކަތްކުރުމަށް ކުރެވޭ ކޮންޓްރެކްޓް އެގްރީމެންޓް.

ބުނެވުނު އެއްބަސްވުމުގެ 16.1

5އެޑްވާންސްގެ ގޮތުގައި އިސްމާޢީލް ވާފިރުގެ ފަރާތުން ބޮޑު އަގެއް ދައްކައިފިނަމަ ޖުމްލަ އަގުން ޑިސްކަ އުންޓަ ލިބޭގޮތަށް ދެފަރާތަށް އެއްބަސްވެވި މުޅި ކޮންޓްރެކްޓްގެ ޖުމްލަ އަގުގެ 72% އިސްމާޢީލް ވފިރުގެ ފަރާތުނާ ދައްކާފައިވެއެވެ. މިގޮތުން، 8,000,000.00 (އަށްމިލިއަން ( ރުފިޔާ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ދީފައިވެއެވެ.

6ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މިއެއްބަސްވު މާއި ޚިލާފުވެފައިވާކަމަށް ބުނެ، އެކަމުގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި 6,520,593/91ރ. (ހަ މިލިއަން ފަސްލައްކަ ވިހިހާސް ފަސްސަތޭކަ ނުވަދިހަ ތިން ރުފިޔާ ނުވަދިހަ އެއްލާރި) ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ކިބައިން ހޯދުމަށް އިސްމާޢީލް ވާފިރުގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވެއެވެ. އެއީ އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 0172C/-Cv/2347 ޤަޟިއްޔާއެކެވެ.

7މިމައްސަލައިގައި ސިވިލް ކޯޓުގައި އިސްމާޢީލް ވާފިރުގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާ ކަންތައްތަކަކީ؛

1.7. ތަނުގައި މަސައްކަތްކުރަން ފޮނުވާފައި ތިބި ފަރާތްތަކަކީ އެކަން ކަން ކުރަން ނުދަންނަ ބައެއްކަމަށް ފާހަގަވެ އެކަންކަން ކަށަވަރުކުރުމަށްޓަކައި އެބާވަތުގެ މަސައްކަތް ކުރާ ދެކުންފުނި މެދުވެރިކޮށް އިސްމާޢީލް ވާފިރުގެ އަމިއްލަ ޚަރަދުގައި ދިރާސާ ކުރެވުނު ކަމަށެވެ.

2.7. މިގޮތުން މަސއްކަ ތުގ ފެންވަރުގެ ގޮތުގައެ އެފަރާތުން އަންނަނިވި ކަންތައްތައް ފާހަގަކޮށްފައިވާކަމަށެވެ. (1) ތަނުގައި ކޮންކްރީޓް މަސައްކަތް ކުރެވިފައިވަނީ އެއްބަސްވުމާއި އެކު އެޓޭޗް ކުރެވިފައިވާ ކުރެހުމާއި އެއްގޮތަކަށް ނޫންކަން؛ (2) ކޮންކްރީޓް މަސައްކަތް ކުރެވުނުއިރު އެކަށީގެންވާ ވަރަށް ވައިބްރޭޓް ކޮށްފައިނުވާކަން؛ ރިޔަނ ޕްރައިވެޓް ލިމިޓެޑް އާއް ގެޑޯ ކޮންސަލްޓިންގ ޕވޓ ލޓޑ (3) ކޮލަމްތައ ކޮންކްރީޓް ކުރިއިރު އެކަށީގެންވާ ވަރަށް ސަޕޯޓް ދީފައިނުވާކަން؛ (4) ކޮންކްރީޓް މިކްސްކުރުމުގައި މައްސަލަތަކެއް ހުރިކަން؛ (5) ކޮލަމްތައް (ތަނބުތައް) ހުރީ އޮރިޔަށްކަން؛ (6) ސިޑި ހުރީ ކައްޗަށްކަން؛ (7) ކޮންކްރީޓްގައި ގިނަ ޢަދަދަކަށް ހުސް ބާގަނޑުތައް (ހޮއެ ހެދިފައި) ހުރިކަން؛ (8) ކޮންކްރީޓްގައ ހުރި ބައެއް ބާގަނޑުތަކުގެ ފުންމިން 4 ސެންޓި މީޓަރު ފުންކޮށް ހުރިކަން؛ (9) ކޮންކްރީޓް ކޮށްފައިވާ ބައެއް ތަންތަނުގައި އަތްލުމުން ފްލޭކްސްތަކެއ ފަދައިން އަތަށް ކުނޑިވެގެން އަންނަކަން؛

3.7. އެރިޕޯޓު ލިބި ތަނުގެ މަސައްކަތް ކޮށްފައިވަނީ ރަނގަޅު ފެންވަރެއްގައި ނޫންކަން ކަށަވަރުވުމުން، އެކަން ހައްލުކޮށްދިނުމަށް އެދުމުން ރަނގަޅު ކޮށްފައިނުވާކަމަށެވެ. އެހިސާބުން އެއްބު ސްވުން ނ މުމަކަށި ގެންނަން ހުށަހެޅިކަމަށެވެ.

4.7.ފައިސާ އިންވެސްޓްކޮށްފައި އޮތުމުގެ ސަބަބުން އެ އްފަހަރ ފައިސާ ދެވެން ނެތްކަމަށް ރޝީދަ ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ފާހަގަކުރުމުން އޭގެ ފަހުން ދެފަރާތުން އެއްބަސްވެގެން 10 މަސްދުވަހަށް ބަހާލައިގެން ފައިސާ ދެއްކުމަށް އެއްބަސްވެވުނު ކަމަށެވެ.

5.7. ތަނުގައި ކުރެވިފައިވާ މަސައްކަތުގެ ފެންވަރު ދަށް ވުމުގެ ސަބަބުން އެކަން ރަނގަޅު ކުރުމަށް ހިނގާ ޚަރަދަށް ވުރެ މުޅި ސްޕަރ ސްޓްރަކްޗަރ ތަޅާލުމަށް ފަހު އަލުން ހެދުމުން ޚަރަދު ކުޑަ ވާނެކަމަށް ލަފާ ލިބުމުން އިސްމާޢީލް ވާފިރުގެ އަމިއްލަ ޚަރަދުގައި ކުރެވުނު މަރާމަތުގެ މަސައްކަތް ކުރެވުނުކަމާއި މިކަމުގެ ގެއްލުމުގެ ބަދަލު ލިބިގަތުމަށް އެދޭކަމަށެވެ.

8މިދަޢުވާގެ ޖަވާބުގައި އާރު.ސީ.ސީ ގެ ފަރާތުން ސިވިލް ކޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކަކީ؛ ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/2347 ޤަޟިއްޔާ ގައި ހުށަހެޅުނު މައްސަލަ ހުށަހަޅާ ފޯމުގެ 9 ވަނަ ނަންބަރުގައި ތަފްސީލުކުރެވިފައި

1.8. އިސްމާޢީލް ވާފިރު ދީފައިވާ 8,000,000.00ރ. (އަށްމިލިއަން ރުފިޔާ) އެފަރާތުން ދީފައިވަނީ އިމާރާތުގެ އަގުގެ ތެރެއިން -/700,000 (ހަތް ލައްކަ) ރުފިޔާގެ ޑިސްކައުންޓެއް އެފަރާތަށް ދިނުމުންކމުގައެވެ.

2.8. އެއްބަސްވުމުގެ 9 ވަނަ މާއްދާގެ ދަށުން ސަބް ކޮންޓްރެކްޓް ކޮށްފައިވަނީ، އެބާވަތުގެ މަސައްކަތްކުރުމަށް ތަޖުރިބާހުރ ބަޔަކާއި ކަމާއި، އަދި މިކަންތައްތައް ކޮށްފައިވަނީ އިސްމާޢީލް ވާފިރު ފެނުމާއި އެނގުމުގެ ތެރެއިންކަމަށެވެ.

3.8. އާރް.ސީ.ސީ ގެ ފަރާތުން ކުރުމަށް ހަވާލުވި މަސައްކަތުގެ ތެރެއިން ބައެއް މަސައްކަތްތަކުގައި ކޮންމެވެސް ވަރެއްގެ މައްސަލަތަކެއް ހުރިކަމާމެދު އިންކާރުކޮށްފައިނުވާ ކަމާއި އަދި މިފަދަ މައްސަލަތަކަކީ ޙައްލުކުރެވޭނެ ކަންތައްތަކެއް ކަން އެފަރާތުން ފާހަގަކޮށްފައިވެއެވެ. އެއްބަސްވުމުގެ

4.6 ވަނަ މާއްދާގެ ދަށުން "މަސައްކަތުގެ ކޮންމެ ބައެއް އެކުރަންވީ ގޮތާ ޚިލާފަށް އޮޅުމަކުން ނަމަވެސް ކުރެވިއްޖެނަމަ އިތުރު ޚަރަދަކާނުލާ އެކަމެއް ކޮންޓްރެކްޓަރު ރަނގަޅުކޮށްދޭންވާނެއެވެ." މިފަދައިން ބަޔާންކޮށްފައިވާކަމަށެވެ. އަދި މިފަދަ މައްސަލަތައް ރަނގަޅުކުރުމަށް ފުރުސަތު ނުދީ އިސްމާޢީލް ވާފިރު ވަނީ އެއްބަސްވުނ ނިމުމަކަށް ގެނެސްފައިކަމަށެވެ.

4.8. އިސްމާޢީލް ވާފިރުގެ ފަރާތުން އެޑްވާންސަށ ދިން ފައިސް އަނބުރާ ރައްދު ކުރެވުނު މިމައްސަލައިގައި ހިމެނޭ މުޢާމަލަތ ގުޅިގެނާ އާރު.ސީ.ސީ ގެ ފަރާތުން ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކާ ޚަލާސްކުރެވުނީކަމަށް ބަލައި، އޭގެ އިތުރުން ދައްކަންޖެހޭ އިތުރު ފައިސާއެއް ނޯންނާނެކަމަށް ދެފަރާތުގެ ދެމެދުގައި 03 ސެޕްޓެމްބަރު 2016 ގައި އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުގައި ކަމަށެވެ.

5.8. އެހެންކަމުން ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމުގަ ބަދަލުގައި، އިސްމާޢީލް ވާފިރުގެ އަމިއްލަ އިޚްތިޔާރުގައި އަމިއްލަ އަށް ނިންމައިގެން އެއްބަސްވުން ނިމުމަކަށް ގެނެސްފައިވުމުން އެކަމުގެ ސަބަބުން ގެއްލުންތަކެއް ލިބިއްޖެނަމަ އެގެއްލުމަށް އިސްމާޢީލް ވާފިރު ޒިއްމާވާންޖެހޭނެކީ މ ށެވެ.

6.8. އާރު. ސީ. ސީ ގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައިވަނީ މިދައުވާގައި ހޯދުމަށް އެދިފައިވާ ފައިސާއަކަ ދެފަރާތުގެ ދެމެދުގައި ވަކި ގޮތަކަށް އެއްބަސްވެވި އެގޮތުގެ މަތިން ޢަމަލުކޮށް ނިމިފައިވާ މުޢާމަލާތަކަށް ވާތީ މިމުޢާމަލާތާ ގުޅިގެން އިތުރު ގެއްލުމުގެ ބަދަލަކަށް އެދުމުގެ ޙއްޤ މިހާރު ނ ތްކަމަށާއި ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމާ އާރު.ސީ.ސީ ޚިލާފު ނުވާކަމަށާއި އަދި އެދިފައިވާ ފައިސާއަކީ ދައްކަނަ ޖެހޭ ފައިސާއެއް ނޫންކަމަށް ކަނޑައަޅައި މައްސަލަ ނިންމައި ދިނުމަށެވެ. ސިވިލް ކޯޓުގެ ނިންމުން:

9ސިވިލް ކޯޓުގެ ނަންބަރު 7201C/-Cv/2347 ޤަޟިއްޔާ ނިންމާފައިވަނީ، "ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާ ތަކަށާއި ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު […] 10 ބުރި ޢިމާރާތުގެ ކޮންކްރީޓް މަސައްކަތް ކުރުމާއި ބެހޭގޮތުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި، […] އިސްމާޢީލް ވާފިރުއާއި ދެމެދު 15 ޖުލައި 2015 ވަނަ ދުވަހު ސޮއި ކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެޢިމަރާތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ދައުވާލިބޭ ފަރާތުން މަސައްކަތް ކުރަމުންދާ ގޮތާއިމެދު ދައުވާކުރާ ފަރާތުން ހިތްހަމަނުޖެހިގެން އިސްމާޢީލް ވާފިރުގެ ފަރާތުން އެމަސައްކަތް ހުއްޓުވުމަށްފަހު ދެ ފަރާތގު ދެމެދު ވާހަކަ ދައްކައިގެން އެއްބަސްވުން ނިމުމަކަށް ގެނެސް ދެފަރާތުން އެއްބަސްވީގޮތުގެ މައްޗަށް އެއްފަރާތުން އަނެއް ފަރާތަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކޮށް ނިމިފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާތީ، ދެފަރާތުން ވާހަކަ ދައްކައިގެން ސުލްހަވެރިކަމާއެކު ނިމިފައިވާ މުޢާމަލާތެއްގެ މައްޗަށް އިތުރު ދައުވާއެއް ކުރުމުގެ ޙައްޤު މިދެފަރާތުން ކުރެ ފަރާތަކަށް ލިބިގެން ނުވާތީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި، […] އިސްމާޢީލް ވާފިރުއާއ ދެމެދި 15 ޖުލައި 2015 ވަނަ ދުވަހު ސޮއިކުރެވިފައިވާ އެއްބަސްވުމާއި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ޚިލާފުވެފައިވާ ކަމަށް ބުނެ އެއްބަސްވުމާއި ޚިލާފު ވުމުގެ ސަބަބުން […] އިސްމާޢީލް ވާފިރަށް ލިބިފައިވާ، ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ކިބައިން މިޤަޟިއްޔާގައި އިސްމާޢީލް ވާފިރުގެ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާ ޝަރީޢަތުން ނަގާދެވެނ ނެތްކަމަށް ކަނޑައަޅައް ޙުކުމް ކޮށްފީމެވެ." މިފަދައިންނެވެ.

10ސިވިލް ކޯޓުގެ މިނިންމުން ބިނާކޮށްފައިވަނީ އަންނަނިވ އަސާސްތަކުގެ މައްޗަށެވެ.

1.10. ދެފަރާތުގެ ދެމެދުގައި ލިޔުމުން ވެފައިވާ އެއްބަސްވުމެއް އޮތްކަން؛

2.10. ދަޢުވާ ލިބޭ ފަރާތުން ސަބް ކޮންޓްރެކްޓަރަކާއި މަސައްކަތް ޙަވާލުކޮށްގެން މަސައްކަތް ކުރަމުން ދަނިކޮށް މަސައްކަތުގެ ފެންވަރު ދަށްކަމަށް ފާހަގަކުރެވިގެން ދައުވާ ލިބޭ ފަރާތުގެ ސަމާލުކަމަށް އެކަން ގެނައުމަށް ފަހު، އެތަނަށް ނުވަނުމަށާއި އިތުރު މަސައްކަތެއް ނުކުރުމަށް އެނގުމަށް ފަހު،އިސްމާޢީލް ވާފިރުގެ ފަރާތުން މަސައްކަތުގެ ފެންވަރު ދިރާސާކުރުމަށްފަހު، މަސައކަތުގް ފެންވަރު ދަށްވުމުން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށް އިސްމާޢީލް ވާފިރުގެ ފަރާތުންދައުވ ލިބާ ފަރާތަށް ހުށަހެޅިކަން އިސްމާޢިލް ވާފިރުގެ ބަހުންނާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގޭކަމަށް؛

10.3 އެއްބަސްވުން ނިމުމަކަށް ގެނައުމަށް ދެފަރާތުން އެއްބަސްވެފައިވަނީ އިސްމާޢީލް ވާފިރުގެ ފަރާތުން އެޑްވާންސްގެ ގޮތުގައި އެއްބަސްވުމުގެ ދަށުން ދީފައިވާ ފައިސާގެ ތެރެއިން އާރު. ސީ. ސީން އޭރު އެތަނުގައި ކޮށްފައިވާ މަސައްކަތުގެ އަގެއްގެ ގޮތުގައި 931,653.77 ރ. (ނުވަލައްކަ އެއްތިރީސްހާސް ހަސަތޭކަ ފަންސާސް ތިން ރުފިޔާ ހަތްދިހަ ހަތްލާރި) އުނިކުރުމަށްފަހު، ބާކީވާ 7,068,346.23ރ. (ހަތްމިލިއަން ފަސްދޮޅަސް އަށްހާސް ތިންސަތޭކަ ސާޅީސް ހަރުފިޔާ ތޭވީސް ލާރި) އަނބުރާ އިސްމާޢީލް ވާފިރަށް ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާ 4 ގެ (ށ) އަދި (ނ) އާރު. ސީ. ސީގެ ފަރާތުން ދިނުމުންކަމާއ އެގޮތުނި މިފައިސާ 10 ޕޭމަންޓަކަށ ބަހާލައިގެން ދޭން ގޮތުގެ ތާވަލެއް އެކުލަވާލެވި އެތާވަލްގައިވ ގޮތަށާ ފައިސް ދައްކާ ނިމުމުން މިދެފަރާތުގެ ދެމެދުގައި […] ގުޅޭގޮތުން ކުރެވެފައިވާ ފައިސާގެ މުޢާމަލާތް ނިމުނީ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށް ދެފަރާތުން ސޮއިކޮށްފައިވާކަން އަދި މިފައިސާ ލިބިފައިވާކަން އިސްމާޢީލް ވާފިރުގެ ބަހުން އެނގޭކަން ؛

10.4 ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުމުގެ .64 ވަނަ މާއްދާގައި މަސައްކަތް ކުރަންވީގޮތާއި ޚިލާފަށް އަމަލުކޮށްފައިވާނަމަ އެކަން އިތުރު ޚަރަދަކާ ނުލައި ރަނގަޅު ކޮށްދިނުން ޢިމާރާތް ކުރާ ފަރާތަށް ލާޒިމުވާ ކަމާއި މިގޮތުން ޚިލާފުވެއްޖެނަމަ 15 ދުވަހުގެ ނޯޓިހެއް ދިނުން އެއްބަސްވުމުގެ 14 ވަނަ މާއްދާއިން ލާޒިމުކުރާކަމަށާއި، މިފަދައިން ނޯޓިސް ދިނުމުގެ ބަދަލުގައި އެއްބަސްވުން ނިމުމަކަށް ގެނެސް އެއްބަސްވުމުގެ ދަށުން ދައްކާފައިވާ އެޑްވާންސް ފައިސާ އަނބުރާ ހޯދުމަށް އިސްމާޢީލް ވާފިރު މަސައްކަތްކޮށްފައިވާ ކަން ދެފަރާތުގެ ދެމެދުގައި ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކުންނާއި އިސްމާޢީލް ވާފިރުގެ ބަހުން އެނގޭކަން ؛

10.5 މަސައްކަތް ރަނގަޅުކުރުމަށް އެއްބަސްވުމުގެ 4.6 ވަނަ މާއްދާގެ ދަށުން ފުރުސަތު ދީފައިވާނެކަމަށް ބުނެ އިސްމާޢީލް ވާފިރު ހުށަހަޅާފައިވާ 30 ޖުލައި 2016 ގެ ސިޓީއަށް ބެލުމުން އެސިޓީގައި އެކަންކަން ރަނގަޅުކުރުމަށް އެހެން ފަރާތަކުން (އާރ.ކޭ. އެލް) ދީފައިވާ "ކޯޓޭޝަނުގައިވ އަގާ ދެއވް މަށު އިންކާރުކރައްވު ނަމަ" މިފަދައިން ބަޔާންކޮށްފައިވުމުން މިއީ އެއްބަސްވުމުގެ 14 ވަނަ މާއްދާގެ ދަށުން ދެވިފައިވާ ނޯޓިހެއް ކަމުގައި ބެލެވެން ނެތްކަމާއި، މިލިޔުމުގައި ބާރު އަޅާފައިވަނީ މައްސަލަތައް ޙައްލުކުރުމަށް އެހެން ފަރާތަކާއި ޙަވާލުކޮށްގެން އެމަސައްކަތް ކުރުމަށް ދާ ޚަރަދުތައް ކޮންޓްރެކްޓަރ އަތުން ހޯދުމަށްކަމާއި، މި ފުރުސަތު އިސްމާޢީލް ވާފިރަށ ލިބެން އެއްބަސްވުމުގެ 4.6 ވަނަ މާއްދާގެ ދަށުން ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާ 4 ގެ (ރ) ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތަ 4 ގެ (ބ) އެކަމެއް ރަނގަޅުކުރުމަށް އެއްބަސްވުމުގެ 14 ވަނަ މާއްދާގެ ދަށުން ނޯޓިސް ދިނުމަށް ފަހު އެކަން ރަނގަޅުނުކޮށްފިނަމަ ކަމަށް ؛

10.6 އެއްބަސްވުމުގެ 14 ވަނަ މާއްދާގެ ދަށުން ނޯޓިސް ދިނުމުގެ އިޚްތިޔާރު އިސްމާޢީލް ވާފިރަށް ލިބިގެންވީނަމަވެސް، އެގޮތުގެ މަތިން ނޯޓިސް ދފައިވާކަނީ ޝަރީޢަތަށް ސާބިތުވާފަދަ ހެއްކެއް ހުށަހަޅާފައި ނެތްކަމާއި، ޝަރީޢަތަށް ހުށަހެޅިފައިވަ ލިޔެކިޔުންތަކުން މިނޯޓިސްދީ އެއްބަސްވުން ބާޠިލުކުރުމުގެ ބަދަލުގައި އިސްމާޢީލް ވާފިރު އިޚްތިޔާރުކޮށްފައިވާ ގޮތަކީ ސުލްޙަވެރިކަމާއެކު ވާހަކަ ދައްކައިގެން އެއްބަސްވުން ނިމުމަކަށް ގެނައުންކަން އަދި މިގޮތަށް ނިންމުމުގައި ދެފަރާތުން އެއްބަސްވިގޮތަށް އެޑްވާންސް ފައިސާ 10 މަސްދުވަހުގެ ތެރޭގައި ދައްކާ ނިމިފައިވާކަމާއި، އަދި ފައިސާ ދައްކައި ނިމުމުން މިމުޢާމަލާތް ނިމުމަކަށް އަންނާނެކަމަށް ދެފަރާތުން އެއްބަސްވެފައިވުމުން ސުލް ޙއިގަ އެއްބަސްވުމުގައިވާ ޙައްޤުތައް އަދާކޮށް ނިމުމުން އެއް ފަރާތުން އަނެއް ފަރާތަށް ދަޢުވާ ކުރެވޭނެ ޤާނުނީ އަދި ޝަރުޢީ ހަމައެއް ނެތްކަން ؛ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކތާތު ކާއި ދެފަރާތުން ފާހަގަކުރި ކަންކަން

11ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/2347 ޤަޟިއްޔާގައި ޙުކުމް ކުރުމާއި ގުޅިގެން […] / އިސްމާޢީލް ވާފިރުގެ ފަރާތުން އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރަ މުން އަންނަނިވި ނުކުތާތައް ފާހަގަކޮށް، އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައި ވެއެވެ. މިގޮތުން ހުށަހެޅި ނުކުތާތަކަކީ؛

11.1 ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ އަތުގައި ހުރި އިސްމާޢީލް ވާފިރުގެ ފައިސާ އަނބުރާ އިސްމާޢިލް ވާފިރުއަށް ލިބިދިނުމުގެ ގޮތުން 03 ސެޕްޓެމްބަރު 2016 ގައި ސިވިލް ކޯޓު ގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތަ 4 ގެ (ޅ) ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާ 4 ގެ (ކ) ސޮއިކޮށްފައިވާ ލިޔުމުގެ ނަތީޖާއަކީ އިސްމާޢީލް ވާފިރުއަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑގް ސަބަބުން ލިބިފައިވާ ގެއްލުންތަކަށް ރަޝީދު ކާޕެންޓްރީ ޒިންމާވާން ނުޖެހުންކަމަށް ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވަނީ ދެފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމާއި ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ. .1.111 މިނުކުތާގެ ތަފްސީލު ގައި އިސްމާޢީލް ވާފިރުގެ ފަރާތުން ފާހަގަކޮށްފައިވަނީ، ފަހނު ސޮއިކުރެވުނު ލިޔުމަކީ އެއްބަސްވުމެއް ނޫންކމަށާއަ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑނު ދީފައިވާ ގެއްލުމަށް ޒިންމާ ނުނެގުމަށް އތޮ އުޒުރެއް ނޫން ކަމަށެވެ. .1.211 ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ ބުނެވިދިޔަ އެއްބަސްވުމަކީ ސެޓްލްމެންޓް އެއްބަސްވުމެއްކަމަށާއި އެއެއްބަސްވުމުގެ މަޤްސަދަކީ މުޅި އެއްބަސްވުން ނިމުމަކަށް ގެނައުންކަމަށެވެ. މިގޮތުން މިލިޔުމުގެ ސުރހުގައ ވެސި މިއީ "އެއްބަސްވުމެއް" ކަމަށް ބަޔާންކޮށްފައިވާނެ ކަމަށާއި، އެއްބަސްވުމުގެ 2 ވަނަ ނަންބަރުގައި "މިފައިސ ދައްކާ ނިމުމުން ދެފަރާތުގެ ދެމެދުގައި […] އާއެ ގުޅޭގޮތުން ކުރެވިފައިވާ ފައިސާގެ މުޢާމަލާތް ނިމުނީކަމަށް ބަޔާން" ކުރެވިފައިވަނީ މުޅި އެއްބަސްވުން ނިމުމަކަށް ގެނއަމުށް ކަމަށެވެ. އިތުރު ދަޢުވާ އެއް ނުކުރާނެ ކަމަށް ބަޔާންކޮށްފައި ނުވި ނަމަވެސް ދެފަރާތުގެ ދެމެދުގައި މުޢާމަލާތް ކުރެވިފައިވާ ގޮތުން މިކަން އެނގޭނެ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ މުޙައްމަދު މޫސާ ވ. އިބްރާހިމް ޝަރފީ ގައި އެއްބަސްވުމުގެ ދެ ބައިވެރިންގެ މެދުގައި އެއްބަސްވުމުގެ މާއްދާއެއް މާނަކުރުމާއި ޚިލާފު އުފެދޭ ޙާލަތްތަކުގައި އެއްބަސްވުމުގެ ބައިވެރިންގެ މަޤްސަދު ހައިކޯޓުގެ ނަންބަރު 2015/HC-A/164 ދެނެގަތުމުގެ ގޮތުން މުޢާމަލާތް ހިނގާފައިވާ ގޮތަށް ބެލެވެން ޖެހޭނެކަމަށެވެ. މިގޮތުން މިމައްސަލައިގައި ހިނގާފައިވާ އަންނަނިވި ކަންތައްތަކުން ދެފަރާތުގެ ނިޔަތަކީ […] އާ ގުޅޭ މުޅި މުޢާމަލާތް ނިމުމަކަށް ގެނައުން ކަން އެނގޭނެކަމަށެވެ. .211 އިސްތިއުނާފީ ދެވަނަ ނުކުތާގެ ގޮތުގައި އިސްމާޢީލް ވާފިރުގެ ފަރާތުން ފާހަގަކޮށްފައިވަނީ ދެފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމުގެ 4.6 ވަނަ މާއްދާއާއި 14 ވަނަ މާއްދާ ސިވިލް ކޯޓުން މާނަކުރައްވާފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. .2.111 މިނުކުތާގައ ތަފްސީލްގައި ބުނެފައިވަނީ، އެއްބަސްވުމުގެ 14 ވަނަ މާއްދާއާއި 4.6 ވަނަ މާއްދާއަކީ ވަކި ދެކަމަކ ގުޅާ ދެމާއްދާއެއްކަމަށާއި، ނަމަވެސް ސިވިލް ކޯޓުން މާނަކޮށްފައިވަނީ، އެއްބަސްވުމުގެ 4.6 ގެ ދަށުން ކުރެވޭ މަސައްކަތުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ކޮންޓްރެކްޓަރަށް ފުރުސަތު ދޭންވާނީ 14 ވަނަ މާއްދާގެ ދަށުން ނޯޓިސް ދީފައިކަމަށް ބަޔާންކޮށްފައިވާކަމަށެވެ. ނަމަވެސް 14 ވަނަ މާއްދާގައިވަނީ އެއްބަސްވުމާއި ކަނޑައެޅިގެން ޚިލާފްކޮށ މަސައްކަތް ކޮށްފިނަމަ 15 ދުވަހުގެ ނޯޓިހެއް ދިނުމަށްފަހު އެއްބަސްވުން އުވާލެވިދާނެކަމަށާއި، މި ނޯޓިހަކީ ނުބައިކޮށް ކޮށްފައިވާ ކަންކަން ރަނގަޅަށް ކުރުމަށް ދެވޭ ނޯޓިހެއް ނޫންކަމަށާއި އެއީ އެއްބަސްވުން ނިމުމަކަށް ގެނައުމަށްދޭ ނޯޓިހެއްކަމަށެވެ. .2.211 ރައްދުގައި އާރު.ސީ.ސީގެ ފަރާތުން ބުނެފައިވަނީ، އެއްބަސްވުން އުވާލުމާބެހޭ އުޞޫލުތައް 14 ވަނަ މާއްދާގައި ބަޔާންކޮ ށްފައިވާކަމާއި، އުވާލާނަމަ 15 ދުވަހުގެ ނޯޓިހެއް ދޭންޖެހނެކަމަށޭ ބަޔާންކޮށްފައިވާކަމަށެވެ. ނަމަވެސް 14 ވަނަ މާއްދާއާ އެއްގޮތަށް ޢަމަލުކުރުމުގެ އިޚްތިޔާރު އިސްތިއުނާފ ކުރް ފަރާތަށް އޮވެމެ، އެކަން އިޚްތިޔާރުނުކޮށް، އެއެއްބަސްވުން ނިމުމަކަށް ގެނައުމަށް 3 ސެޕްޓެމްބަރު 2016 ގައި ވަކި އެއްބަސްވުމެއްވެ އެއަށް ޢަމަލުކޮ ށ ފުރިހަމަވުމުން އެންމެ ފުރަތަމަ ވީ އެއްބަސްވުމުގެ ދަށުން ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު އިސްތިއުނާފ ކުރް ފަރާތަށް ނުލިބޭނެކަމަށެވެ. ޝަރީޢަތަށް ފާހަގަކުރެވޭ ކަންތައްތައް އިސްތިއުނާފީ ނުކުތާ 1: ސެޓްލްމަންޓް އެއްބަސްވުމުގެ ސަބަބުން އިތުރު ދައުވާ ނުކުރެވުނު

12މިމައްސަލައިގެ ފުރަތަމަ އިސްތިއުނާފު ނުކުތާއާ ގުޅިގެން ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މިޝަރީޢަތުގެ ކުރިމަތީގައި އޮތް ސުވާލަކީ، ދެފަރާތުގެ ދެމެދުގައި 3 ސެޕްޓެމްބަރު 2016 ގއ ސޮއިކުރެވިފައިވާ ލިޔުމުގެ ސަބަބުން އެމުޢާމަލާތް ގުޅިގެނާ އިތުރު ދައުވާ އެއް ކުރުމުގެ ޙައްޤު އެއްވެސް ފަރާތަކަށް ލިބޭތޯއެވެ.

1303 ސެޕްޓެމްބަރު 2016 ގެ ލިޔުމުގެ 02 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފ ދައިންނެވެ. "މަތީގައިވާ ގޮތަށާ ފައިސް ދައްކާ ނިމުމުން ދެފަރާތުގެ ދެމެދުގައި […] ގުޅޭގޮތުން ކުރެވިފައިވާ ފައިސާގެ މުޢާމަލާތް ނިމުނީއެވެ."

14އިސްތިއުނާފ ކުރު ފަރާތުން ފާހަގަކުރަނީ، މިއީ އާރު.ސީ.ސީ ގައި ހުރި އެފަރާތުގެ އަމިއްލަ ފައިސާ އަނބުރާ ދައްކާނެ ގޮތަކާ މެދު ދެވުނު "އަންޑަރ ޓޭކިންގް" އެއް ކަމަށެވެ. ނުވަތަ "ޕޭމަންޓް ޝެޑިއު ލ" އެއް ކަމަށެވެ. އެއްވެސް ޙާލެއްގައި އާރު.ސީ.ސީގެ ފަރާތުން ދެފަރާތުގެ ދެމެދުގައި ވީ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުނު ވީ ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާ ނުކުރާނެ ކަމަށް މިލިޔުމުގައި ބަޔާން ނުކުރާކަމަށެވެ.

15އިސްތިއުނާފ ރައްދުވު ފަރާތުން ފާހަގަކޮށްފައިވަނީ މިލިޔުމުގެ ސުރުޚީގައި ވެސް މިއީ "އެއްބަސްވުމެއް" ކަމަށް ބަޔާންކޮށްފައިވާނެ ކަމަށާއި އެއްބަސްވުމުގެ 2 ވަނަ ނަންބަރުގައި "މިފައިސ ދައްކާ ނިމުމުން ދެފަރާތުގެ ދެމެދުގައި […] އާއެ ގުޅޭގޮތުން ކުރެވިފައިވާ ފައިސާގެ މުޢާމަލާތް ނިމުނީކަމަށް ބަޔާން" ކުރެވިފައިވަނީ މުޅި އެއްބަސްވުން ނިމުމަކަށް ގެނައަމުށް ކަމަށެވެ. އިތުރު ދަޢުވާ އެއް ނުކުރާނެ ކަމަށް ބަޔާންކޮށްފައި ނުވި ނަމަވެސް ދެފަރާތުގެ ދެމެދުގައި މުޢާމަލާތް ކުރެވިފައިވާ ގޮތުން މިކަން އެނގޭނެ ކަމަށެވެ.

16HN1މިމާއްދާގެ ސަބަބުން، ދެފަރާތުގެ ދެމެދުގައި އޮތް ތަޢާގުދީ ގުޅުމަށް ނިމމެއު އައު މާމެދު ގޮތެއް ނިންމުމެއްގައި ދެފަރާތުން ވެސް ބޭނުންކޮށްފައިވަނީ މިކޯޓުގެ މުޙައްމަދު މޫސާ ވ. އިބްރާހިމް ޝަރީފް ޤަޟިއްޔާގައި ކަނޑައެޅިފައިވާ އުސޫލެވެ. އެޤަޟިއްޔާގައި ކަނޑައެޅިފައިވާ އެއް އުސޫލަކީ އެއްބަސްވުމުގެ ދެ ބައިވެރިންގެ މެދުގައި އެއްބަސްވުމުގެ މާއްދާއެއް މާނަކުރުމާއި މެދު ޚިލާފު އުފެދޭ ޙާލަތްތަކުގައި އެއްބަސްވުމުގެ މާއްދާއެއް މާނަކުރުމުގެ ބޭނުމަށް އެމާއްދާއެއް އެއްބަސްވުމުގައި ހިމެނުމުގައ އެއްބަސްވުމުގި ބައިވެރިންގެ މަޤްސަދު ދެނެގަތުމަށްޓަކައި އެއްބަސްވުމުގައި ހިމެނިގެންވާ ޖުމްލަ މާއްދާތަކުގެ މައްޗަށާއި، އެއްބަސްވުން އެކުލަވާލެވުނު ގޮތުގެ މައްޗަށާއި މުޢާމަލާތް ހިނގާފައވި ގޮތުގެ މައްޗަށާއި މުޅި އެއްބަސްވުމުގެ ވަށައިގެންވާ ކަންކަމަށް ބެލެވެންޖެހޭނެކަމަށެވެ.

17މިއުސޫލު މިމައްސަލައަށް ތަޠު ބީޤުކުރަނ ބަލާއިރް އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

1.17. ސިވިލް ކޯޓުގައއާ މި ކޯޓުގި ޝަރީޢަތުގެ މަޖިލީހުގެ ދެކެވުނު ވާހަކަތަކަށް ބަލާއިރު […] 10 (ދިހައެއް) ބުރީގެ ޢިމާރާތުގެ ކޮންކްރީޓް މަސައްކަތްކުރުމަށް ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ވެވި، އެޑްވާންސް ފައިސާ ދައްކާ މަސައްކަތް ފަށާފައިވެއެވެ.

2.17. އިމާރާތުގެ މަސައްކަތް ކުރެވެމުން ދަނިކޮށް މަސައްކަތުގެ ފެންވަރު ދަށްކަމަށް އިސްތިއުނާފ ކުރާ ފަރާތަށު ފާހަގަކުރެވިގެން، އެކަން އިސްތިއުނާފު ރައްދުވާ ފަރާތުގެ ސަމާލުކަމަށް ގެނެސް ތަނަށް ނުވަނުމަށާއި ތަނުގައި އިތުރު މަސައްކަތެއް ނުކުރުމަށް އަންގާފައިވާ ކަން ދެފަރާތުގެ ބަހުން އެނގެއެވެ. ހައިކޯޓުގެ ނަންބަރު 2015/HC-A/164 […] 10 ބުރި ޢިމާރާތުގެ ކޮންކްރީޓް މަސައްކަތްކުރުމަށް ކުރެވޭ ކޮންޓްރެކްޓް އެގްރީމެންޓް.

3.17. ސިވިލް ކޯޓުގެ ރިޕޯޓުގައި މަސައްކަތުގެ ފެންވަރު ދަށްވުމުން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށް އިސްމާޢީލް ވާފިރުގެ ފަރާތުން ދައުވާ ލިބޭ ފަރާތަށް ހުށަހެޅިކަން އިސްމޢާ ލީ ވާފިރގު ބަހުންނާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގޭކަމަށް ޤާއިމުކުރި ވާޤިޢާ އަކަށް ތައުނު ކުރެވިފައެއް ނުވެއެވެ. އަދި އެކަމަށް އިސްތިއުނާފު ކުރާ ފަރާތުން މި ޝަރީޢަތުގެ މަޖިލީހުގައިވެސް އިޢުތިރާފުވެއެވެ.

4.17. ތަނުގައި މަސައްކަތް ހުއްޓިފައިވުމުން ގެއްލުންވާކަމަށް ބުނެ މައްސަލަ ސުލޙް ވެރިކަމާއެކު ހައްލުކުރުމަށަ ހުށަހަޅާ ހުށަހެޅުންތަކެއް 21 މެއި 2016 ވަނަ ދުވަހު ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްމާޢީލް ވާފިރަށް ހުށަހަޅާފައިވެއެވެ. މިގޮތުން ހުށަހަޅާފައިވާ ހައްލުތަކަކީ އަލުން މަސައްކަތް ފަށައިގެން ކުރިއަށް ދިއުން ނުވަތަ ފުރަތަމަ އެއްބަސްވެވުނު ކޯޓޭޝަނުގައިވާ އަގުން، ކޮށް ނިމިފައިވާ މަސައްކަތުގެ އަގު ހަމަޖެއްސުމަށްފަހު އެޑްވާންސް ޕޭމަންޓްގެ ބާކީ ފައިސާ (މިފައިސާ ދެއްކުމުގެ ގޮތުން އިމާރާތްކުރުމަށް ހަވާލުކުރެވޭ ފަރާތަށް މެޓީރިއަލްސް ދިނުން ނުވަތަ އެކޮންޓްރެކްޓަރު ހުށަހަޅާ ބިލަށް އާރު.ސީ.ސީ ނ ފައިސް ދެއްކުން) ދެއްކމެވު . އަދ މިގޮތަށް ޙަ އްލުވެއްޖެނަމަ ދެފަރާތަށް ވެސް އެއްވެސް މާލީ ގެއްލުމަށް ނުލިބޭނެކަމަށާއި މިގޮތަށް އެއްބަސްނުވެވޭނަމަ އެއްބަސްވުމާ އެއްގޮތަށް ކޯޓަށް ދިއުމަށެވެ.

5.17. ތަނުގެ މަސައްކަތުގެ ފެންވަރާ މެދު މާހިރުންގެ ލަފާ ހޯދައި ރިޕޯޓެއް އެކުލަވާލެވިފައިވެއެވެ. މިގޮތުން 17 ޖުލައި 2016 ގައި އިސްމާޢީލް ވާފިރުގެ ފަރާތުން އާރު.ސީ.ސީއަށް ފޮނުވާފައިވާ ސިޓީގައި މި ރިޕޯޓު ހިއްސާކުރެވިފއަ ވާނެކަމަށާއި، އެފަރާތުން އެޑްވާންސްގެ ގޮތުގައި ދައްކާފައިވާ 8 މިލިއަން ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގކަ ރެވުނު ނުކުތު 4 ގެ (ށ) އަދި (ނ) ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓަރަކްޝަން ޕވޓ ލޓޑ ގެ ނަންބަރު ADMIN/2016/055 (21 މެއި 2016) ސިޓީ ރުފިޔާއާއި ޖަހާފައިވާ ތަނބު ނެގުމަށް ހިނގާ 473,523/20ރ. (ހަތަރު ލައްކަ ހަތްދިހަ ތިންހާސް ފަސްސަތޭކަ ތޭވީސް ރުފިޔާ ވިހި ލާރި) 6 ޕޭމަންޓަކަށ ބަހާލައިގެން ދެއްކުމަށް އަންގާފައިވެއެވެ.

6.17. މިސިޓީގެ ޖަވާބި ގައު 24 ޖުލައި 2016 ގައި ރަޝީދު ކާޕެންޓރް އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އިން އިސްމާޢީލް ވާފިރުއަށް ފޮނުވާފައިވާ ސިޓީ ގައި ކޮންސަލްޓަންޓް ރިޕޯޓުގައި ހުރި ކަންތައްތަކަށް އެއްބަސްނުވެވޭކަމަށާއި ހައްލުކުރުމަށް އިތުރު ހުށަހެޅުންތަކެއް ހުށަހަޅާފއިވެއެވެ. އެގޮތުނަ ކުރެވިފައިވާ މަސައްކަތުގެ އަގު އުނިކުރުމަށް ފަހު އަދި މަސައްކަތުގެ ފެންވަރު ދަށް ކަމަށް އެފަރާތަށް އެއްބަސްވެވޭ ތަބެއްގެ އަގާއި ތަބު ތަޅާލުމުގެ އަގު އުނިކުރުމަށްފަހު ބާކީވާ 7,083,418.18 (ހަތް މިލިއަން އަށްޑިހަ ތިންހާސް ހަތަރުސަތޭކަ އަށާރަ ރުފިޔާ އަށާރަ ލާރި) ގެ ތެރެއިން 1500000 (ފަނަރަ ލައްކަ) ރުފިޔާ ފުރަތަމަ ޕޭމަންޓްގެ ގޮތުގައި ދައްކާ ބާކީ ފައިސާ މަހަކު 558,341.82 (ފަސްލައްކަ ފަންސާސް އަށްހާސް ތިންސަކޭތަ ސާޅީސް އެއް ރުފިޔާ އަށްޑިހަ ދޭއް ލާރި) ގެ ރޭޓުން ދައްކާ ހަލާސްކުރުމަށް ހުށަހެޅުނެވެ.

7.17. މިސިޓީގެ ޖަވާބުގައި 30 ޖުލައި 2016 ގައި އިސްމޢާ ލ ވާފިރުގީ ފަރާތުން ފޮނުވާފައިވާ ސިޓީގައި ދެފަރާތުގެ ދެމެދުގައި ހުރި ދެބަސްވުންތައް ތަފްސީލްކުރުމަށްފަހު ސުލްހަވެރިކަމާއެކު ހައްލު ހޯދުމަށް ދެވޭ ފަހު ފުރުސަތުކަމަށް ފާހަގަކޮށް 3 އޯގަސްޓް 2016 ގެ ކުރިން ހައްލެއް ހޯދުމަށާއި އެހާ ހިސާބަށެ ހައްލު ނުވެއްޖެނަމަ ޙައްޤު ހޯދުމަށާއި ކޮންމެ ދުވަހަކު ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދުމަށް ޝަރީޢަތަށް މައްސަލަ ހުށަހަޅާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

8.17. ދެން ފެންނަން އޮތީ 03 ސެޕްޓެމްބަރު 2016 ވަނަ ދުވަހު ދެފަރާތުން އެއްބަސްވެފައިވާލޔުމެވެ. ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕވޓ ލޓޑ ގެ ނަންބަރު 0ADMIN/2016/07 (24 ޖުލައި 2016) ސިޓީ

18HN2ބުނެވިދިޔަ އެންމެހައި ކަންތައްތަކަށް ރިއާޔަ ތ ކުރުމުން، ދެފަރާތުގެ ދެމެދުގައި 03 ސެޕްޓެމްބަރު 2016 ގައި ލިޔުމަށް ތިރިކުރެވިފައިވާ ފައިސާގެ މުޢާމަލާތް ނިންމުމުގެ "ލިޔުމަކީ" ދެފަރާތުގެ ދެމެދގައު […] ޢިމާރާތް ކުރުމާމެދު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށްޓަކައި ވެވިފައިވާ އެއްބަސްވުމއްކަނެ އެނގެއެވެ. އެހެނީ، ދެފަރާތުގެ ދެމެދުގައި އަސްލީ އިލްތިޒާމް އުފެދުނު އެއްބަސްވުމުގެ ދަށުން ކޮންސްޓްރަކްޝަންގެ ފެންވަރާއިމެދ ސުވާލު އުފެދޭ ޙާ ލަތުގައި ޢަމަލުކުރުމަށް ކަނޑައެޅިފައިވާ އިޖުރާއަތާ ދުރަށް ދެފަރާތުންވެސް ގޮސްފައިވެއެވެ. ތިންވަނަ ފަރާތެއެ މެދުވެރިކޮށް މަސައްކަތްކުރުމ މެދާ ދެފަރާތުގެ ދެމެދުގައި ހޞު މަތެއް އޮތެވެ. އދ ތަނުގެ މަސައްކަތުގެ ފެންވަރާ މެދް ވެސު ހުޞޫ މާތެއް އޮތެވެ. ތަނުގެ މަސައްކަތް ހުއްޓިފައިވުމުނ ދެފަރާތަށް ވެސް ގެއްލުންވާކަމަށ ދެފަރާތުން އެއްބަސްވެއެވެ. އެހެންކަމުން، މިހޞުމާތު ތައް އެއްކައިރިކޮށް ޙައްލެއް ހޯދުމަށް ކުރެވުނު މަސައްކަތުން އެޑްވާންސް ފައިސާ އަނބުރާ ދެއްކުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެފަރާތަށް އެއްބަސްވުމަކަށް އާދެވިފައިވަނީއެވެ. އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރި ކަންތައްތައް އެގޮތުގައި ހުރި ކަމާމެދު އިސްތިއުނާފު ރައްދުވާ ފަރާތުން އެއްބަސްނުވާކަން ދެފަރާތުގެ މެދު ގައި ބަދަލުކުރެވުނު ލިޔެކިޔުންތަކުން ފާޅުކޮށް އެނގެން އޮތް އިރު، އެކަންތައްތައް (މަސައްކަތުގެ ފެންވަރާ) ގުޅިގެން ފަހުން ގެއްލުމުގެ ބަދަލަށް ޒިންމާ ވާންޖެހޭ ފަދަ ގޮތަކަށް އެޑްވާންސް ފައިސާ އަނބުރާ ދައްކާފައިވާ ގޮތަށް އެއްބަސްވެފައިވާކަމަށް މި ސެޓްލްމަންޓް އެއްބަސްވުން މާނަކުރެވިދާނެކަމަށް ނުދެކެމެވެ. އެހެނ އެއީ ކޮންޓްރެކްޓް މާނަކުރުމުގައި ގެންގުޅޭ "ބިޒްނަސު / ކޮމާރޝަލް ކޮމަން ސެންސް" އުސޫލާ ވެސް ޚިލާފު މާނަކުރުމެކެވެ. 16 Antaios Compania Naviera SA v Salen Rederierna AB [1985] AC 191 އިސްތިއުނާފީ ނުކުތާ 2- އެއްބަސްވމުގު 14 ވަނަ މާއްދާ މާނަކުރުން

19ދެފަރާތުގެ ދެމެދުގައި 15 ޖުލައި 2015 ގައި ވެވުނު އެއްބަސްވުމުގެ 4.6 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. " މިއެއްބަސްވުމުގައިވާ ފަދައިން މަސައްކަތް ހިންގުމަށްޓަކައި މަސައްކަތް ރާވާ ފެށުމަކީ ކޮންޓްރެޓަރުގެ މަސްއޫލިއްޔަތެކެވެ. އަދި މަސައްކަތުގެ ކޮންމެ ބައެއް އެކުރަންވީ ގޮތާއީ ޚިލާފަށް އޮޅުމަކުން ނަމަވެސް ކުރެވިއްޖެނަމަ އިތުރު ޚަރަދަކީ ނުލާ އެކަމެއް ކޮންޓްރެކްޓަރ ރަނގަޅުކޮށްދޭންވާނެއެވެ".

20ދެފަރާތުގެ ދެމެދުގައި ވެފައިވާ ބުނެވުނު އެއްބަސްވުމުގެ 41 ވަނަ މާއްދާގައި ވަނީ އަންނަނިވި ފަދައިންނެވެ. "14. މިއެގްރިމެންޓްގައި ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތް ނުފެށުމާއި މަސައްކަތުގެ ތެރޭގައި ކްލައަންޓްގެ އެންގުމެއްނެތި 5 ދުވަހަށް ވުރެ ގިނަ ދުވަހު މަސައްކަތް ހުއްޓިފައި ހުރުމާއި، އަދި އެގްރީމެންޓާއި ކަނޑައެޅިގެން ޚިލާފުކޮށ މަސައްކަތް ގެންގޮސްފިނަމަ، 15 (ފަނަރަ) ދުވަހުގެ ނޯޓިސްއެއް ދިނުމަށްފަހު އެގްރީމެންޓް އުވާލުމުގެ ބާރު ކްލައަންޓަށް ލިބިގެންވެއެވެ. މިގޮތުން އުވާލެވިއްޖެނަމަ އެހާތަނަށް ކުރަންހުރި، ނުނިމި ހުރި މަސައްކަތް އެހެން ފަރާތަކާއި ޙަވާލުކޮށްގެން ނިންމުމަކީ ކްލަޔަންޓް އިޚްތިޔާރުގައި ވާކަމެކެވެ. އަދި ކޮންޓްރެކްޓަރަށް ނުދެވިހުރި ބާކީ ފައިސާ ދެވޭނީ މިގޮތުން ކުރެވުނު މަސައްކަތްތައް އެފަރާތަށް ދެވޭ އަގު ކަނޑާފައެވެ. މިގޮތުން ދެވޭ އަގަކީ ކޮންޓްރެކްޓަރ ދީފައިވާ ބީ.އޯ.ކިޔު އަށު ފެތޭ އަގަކަށް ވާންވާނެއެވެ. އަދި އެޑްވާންސްއަށ ފައިސާއެއް ދެވިފައިވާނަމަ ދެވިފައިވާ ފައިސާއާއި އެއްވަރަށް މަސައްކަތް ނިމިފައިނުވާނަމަ ކުރެވިފައިވާ މަސައްކަތުގެ އަގު ކަނޑާ ދޭންޖެހޭ ފައިސާ ކޮންޓްރެކްޓަރ ކްލަޔަންޓް އަށް 15 ދުވަހުގެ ތެރޭގައި ދޭންވާނެއެވެ."

21މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހުޞމާތު އުފެދެން މެދުވެރިވީ، ތަނުގައި ކުރެވެމުންދާ މަސައްކަތުގެ ފެންވަރާއި މެދު ކަމަށް ވާތީ ދަށު ކޯޓުން މިދެމާއްދާ އެކުއެކީގައި ކިޔައި، މާނަކޮށްފައިވެއެވެ. އެގޮތުން ދަށު ކޯޓު ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާގެ 04 ވަނަ ނަންބަރުގެ (ބ)، (ޅ) ގައި މިދެ މާއްދާ މިމައްސަލައަށް ތަޠު ބީޤުކުރ ގޮތާ ފާހަގަކޮށްފައިވެއެވެ. މިގޮތުން މަސައްކަތުގެ ފެންވަރާމެދު ސުވާލު އުފެދުމުން އެއްބަސްވުމުގެ 4.6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އެކަންކަން ރަނގަޅުކޮށްދިނުމަށް އެދިފައިނުވާކަމަށ ދަށުކޯޓަށް ފަހާގަކުރެވިފައިވެއެވެ. މިފަދަ ހާލަތެއް ދިމާވެއްޖެނަމަ ނޯޓިސް ދޭން ޖެހެނީ އެއްބަސްވުމުގެ 14 ވަނަ މާއްދާގެ ދަށުން ކަމަށް ދަށު ކޯޓަށް ބުރަވެވުނެވެ. އަދި ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު އެފަދަ ނޯޓިހއެ ނެތް ކަމަށް ދަށް ކޯޓުނު ކަނޑައަޅާފައިވެއެވެ.

22އިސްތިއުނާފު ކުރާ ފަރާތުން އުފައްދާ ސުވާލަކީ 4.6 ވަނަ މާއްދާގެ ދަށުން އެއްބަސްވުމާ ޚިލާފަށް ކުރެވިފައިވި މަސައްކަތް ރަނގަޅުކުރުމަށް ދޭންޖެހޭ ނޯޓިހަކީ ކޮންމެހެން އެއްބަސްވުމުގެ 14 ވަނަ މާއްދގާ ދަށުން އެއްބަސްވުން ބާޠިލްކުރަން ދޭންޖެހޭ ނޯޓިހެއް ނޫން ކަމަށެވެ.

23HN3ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމަށް ބެލުމުން 4.6 ވަނަ މާއްދާގެ ދަށުން ރަނގަޅު ކުރަންޖެހޭ ކަންކަން ފާހަގަކޮށް ނޯޓިސްދިނުމ ގުޅާ ވަކި އުސޫލެއް ބަޔާންކުރެވިފައި ނުވެއެވެ. އެއްބަސްވުމުގައި ލިޔުމުން އަންގަންޖެހޭ ކަންތައްތަކެއް ވާކަން ފާހަގަކުރެވޭ އިރު އެއްބަސްވުމުގެ ދަށުން ދެވޭ ކޮންމެ ނޯޓިހަކީ އެއްބަސްވުމުގެ 14 ވަނަ މާއްދާއާ އެއްގޮތަށް ދޭންޖެހޭ ނޯޓިހަކަށް ވާން ނުޖެހެއެވެ.

24މިމައްސަލައިގައި މަސައްކަތުގެ ފެންވަރާއި މެދު ހިތްހަމަ ނުޖެހިގެން ލިޔުމުން ކުރެވިފައިވާ މުޢާމަލާތަށް ބަލާއިރު، ދެފަރާތުން މަސައްކަތް ކޮށްފައިވަނީ 14 ވަނަ މާއްދާގައި ބުނާ ފަދައިން "މިގޮތުން އުވާލެވިއްޖެނަމަ އެހާތަނަށް ކުރަން ހުރި، ނުނިމި ހުރި މަސައްކަތް އެހެން ފަރާތަކާއި ހަވާލުކޮށްގެން ނިންމުމާ"، "އެޑްވާންސްއަށ ފައިސާއެއް ދެވިފައިވާނަމަ ދެވިފައިވާ ފައިސާއާއި އެއްވަރަށް މަސައްކަތް ނިމިފައނުވާނަމި ކުރެވިފައިވާ މަސައްކަތުގެ އަގު ކަނޑާ ދޭންޖެހޭ ފައިސާ ކޮންޓްރެކްޓަރ ކްލައަންޓަށް 15 ދުވަހުގެ ތެރޭގައި ދޭން" ޖެހުމުގެ މައްޗަށެވެ. އިސްމާޢީލް ވާފިރުގެ ފަރާތުން ފެށުނީއްސުރެ މަސައްކަތްކޮށްފައިވަނީ ތަނުގައި ކުރެވެމުންދާ މަސައްކަތް ހުއްޓުވައި އެފަރާތުން ދީފައިވާ އެޑްވާންސް ފައިސާ އަނބުރާ ހޯދުމަށެވެ. އާރު.ސީ.ސީ […] 10 ބުރި ޢިމާރާތުގެ ކޮންކްރީޓް މަސައްކަތްކުރުމަށް ކުރެވޭ ކޮންޓްރެކްޓް އެގްރީމެންޓްގެ 13.1، 13.2

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ހައިކޯޓުގެ ނަންބަރު 2015/HC-A/164 (މުޙައްމަދު މޫސާ ވ. އިބްރާހީމް ޝަރީފް)
  • Antaios Compania Naviera SA v Salen Rederierna AB [1985] AC 191

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ