ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/577

އެޓޯލް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑް ވ. ބޭންކް އޮފް ސިލޯން

ދަށުކޯޓުގެ ނިންމުން ބާޠިލު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 22 ސެޕްޓެމްބަރު 2022ދަށު ކޯޓު: ސިވިލް ކޯޓު 3115/Cv-C/2018ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 3115/Cv-C/2018
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ފޯޖުކޮށްފައިވާ ސޮއި އަދި ސިއްކައާއެކު ހުށަހެޅި ސްވިފްޓް ފަންޑް ޓްރާންސްފަރ އެޕްލިކޭޝަނެއް ޕްރޮސެސްކޮށް ކަސްޓަމަރުގެ އެކައުންޓުން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގައި ބޭންކް އޮފް ސިލޯން ޓޯޓުގެ ދަށުން އިހުމާލުވެފައިވޭތޯ އާއި، ސުޕްރީމް ކޯޓުގެ 2012/SC-A/20 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޚަޠައު އިހުމާލުގެ ރުކުންތައް ފުރިހަމަވޭތޯ؛ އަދި ބޭންކުން ދައްކަންޖެހޭ ގެއްލުމުގެ ބަދަލުގެ މިންވަރު.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށުކޯޓުގެ ޙުކުމް ބާޠިލު؛ އެކައުންޓުން އުނިވި $19,900.63 ބޭންކް އޮފް ސިލޯނުން ދައްކަން ޙުކުމްކުރި؛ ކޮންސިކުއެންޝަލް/ޕިއުނިޓިވް ބަދަލަށް ދަށުކޯޓުގައި އައު ދަޢުވާ ކުރުމުގެ ފުރުޞަތު ދިން

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މަދަނީ › އިހުމާލުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދަން

HN1 ޓޯޓަކީ ކޮންޓްރެކްޓެއްގެ ދަށުން ނޫން ގޮތަކަށް އެހެން މީހަކަށް ނުވަތަ އޭނާގެ މުދަލަކަށް ނުވަތަ ޙައްޤަކަށް ގެއްލުމެއް ދިނުމުން އުފެދޭ މަދަނީ ޒިންމާއެއް ކަމާއި، އެ ޒިންމާ އުފުލަންޖެހެނީ ދަޢުވާލިބޭ ފަރާތުން އަދާކުރަންޖެހޭ ޤާނޫނީ ވާޖިބަކާ ޚިލާފުވެ އެކަމުގެ ސަބަބުން ގެއްލުމެއް ލިބިފައިވާނަމައެވެ. ގެއްލުން ދެނެގަތުމުގައި ގެއްލުމުގެ ދުރާގާތްކަމަށް (remoteness of damage) ރިޢާޔަތްކުރަންޖެހެއެވެ.

HN2 ތަޤްޞީރީ މަސްއޫލިއްޔަތު (ޚަޠައު އިހުމާލު) ސާބިތުވާން ޤާނޫނީ އިލްތިޒާމަކާ ޚިލާފުވުމުގެ ޢަމަލު (ޚަޠައު)، ގެއްލުން (ޟަރަރު)، އަދި ގެއްލުމާއި ޢަމަލާ ދެމެދު ސަބަބީ ގުޅުން، މި ތިން ރުކުން ލާޒިމުވެއެވެ؛ ގެއްލުން ދިނުމުގެ ޤަޞްދު ސާބިތުކުރުމަކީ ޝަރުޠެއް ނޫނެވެ؛ ބަލާނީ އެފަދަ ޕްރޮފެޝަނެއްގައި ހުރި މަޢުޤޫލު މީހެއްގެ ބެލުންތެރިކަމާއި ފަރުވާތެރިކަމުގެ މިންގަނޑަށެވެ.

ޕެރ. 20-21، 2012/SC-A/20 އާއި 2012/SC-A/10 ގެ މައްޗަށްމި އުޞޫލާ ވައްތަރު އުޞޫލުތައްSaeed Lex ގައި

HN3 އިހުމާލުގެ ސަބަބުން ލިބުނު ގެއްލުމަށް ޒިންމާކުރުވުމަށް ފަރުވާބެހެއްޓުމުގެ ޒިންމާ (duty of care) އޮތްކަން، އެ ޒިންމާއާ ޚިލާފުވެފައިވާކަން، ގެއްލުން ލިބިފައިވާކަން، އަދި ގެއްލުމަކީ އެ ޚިލާފުވުމާ ގުޅިފައިވާ ގެއްލުމެއްކަން (causation) ސާބިތުވާންވާނެއެވެ؛ ޑިއުޓީ އޮތްތޯ ބަލަނީ ވަކި ޓެސްޓެއްގެ ބަދަލުގައި މަތީ ކޯޓުތަކުގެ ނިންމުންތައް ތަޠުބީޤުކުރުމުގެ 'އެޕްރޯޗް ބޭސްޑް' އުޞޫލުންނެވެ.

ޕެރ. 24-26، 36، 2020/SC-A/71 ގެ މައްޗަށްމި އުޞޫލާ ވައްތަރު އުޞޫލުތައްSaeed Lex ގައި

HN4 ބޭންކާއި ކަސްޓަމަރާ ދެމެދު ގުޅުމަކީ ކޮންޓްރެކްޓުން ގުޅިފައިވާ ގުޅުމެއް ކަމުން، ކަސްޓަމަރުގެ އެންގުމުގެ މަތިން ފައިސާ ދެއްކުމުގައި ނުވަތަ ޓްރާންސްފަރ ކުރުމުގައި ބޭންކްގެ މައްޗަށް ސަބަބުވެރި މިންގަނޑަށް ފަރުވާތެރިކަމާއި ހުށިޔާރުކަން ބެހެއްޓުމުގެ ޒިންމާ އޮވެއެވެ؛ އެ ޒިންމާ ފުއްދުނުތޯ ބަލަނީ ކޮންމެ މައްސަލައެއްގެ ޙަޤީޤަތްތައް ވަޒަންކޮށްގެންނެވެ؛ އެންގުމަކީ ކުންފުނީގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމަށް ހިންގޭ މުޢާމަލާތެއްކަމަށް ސަބަބުވެރި ވިސްނުމަކުން ޤަބޫލުކުރެވޭނަމަ ބޭންކުން އެ މުޢާމަލާތް ހިންގުން ހުއްޓާލަންވާނެއެވެ.

HN5 ބޭންކިންގއާބެހޭ ޤާނޫނާއި ގަވާއިދު R-8/2015 ގެ ދަށުން ރާއްޖެއިން ބޭރަށް ފައިސާ ޓްރާންސްފަރ ކުރާއިރު ބޭންކުން ކަސްޓަމަރުންނާމެދު ފަރުވާތެރިވުމުގެ ފިޔަވަޅުތައް އަޅައި، އޮރިޖިނޭޓަރާއި ބެނިފިޝަރީ ދެނެގަނެ، ކަސްޓަމަރު ތަމްސީލުކުރާ މީހާއަށް އެ ހުއްދަ އޮތްކަން ލިޔުމުން ޔަޤީންކުރަންޖެހޭއިރު، ބޭންކަށް ހާޒިރުނުވެ ކުރެވޭ މުޢާމަލާތަކީ ރިސްކު ބޮޑު މުޢާމަލާތެއްގެ ގޮތުގައި ދަރަޖަކޮށް އިތުރު ފިޔަވަޅު އަޅަންޖެހޭ މުޢާމަލާތެކެވެ.

HN6 ބޭންކުގެ އެތެރޭގެ އިޖުރާއަތާ އެއްގޮތަށް ފޯމުގައިވާ ސޮއި ވެރިފައިކުރުން އެކަނި ގަވާއިދުން ލާޒިމުކުރާ ފަރުވާތެރިވުމުގެ ޒިންމާ އަދާކުރުމަށް ފުދޭ ކަމެއް ނޫނެވެ؛ އެ ފިޔަވަޅުތައް ނާޅާ މުޢާމަލާތް ޕްރޮސެސްކުރުމަކީ ޤާނޫނީ އިލްތިޒާމާ ޚިލާފުވުމުގެ (ޚަޠައު) ޢަމަލެއް ކަމުން، އެކަމުގެ ސަބަބުން ކަސްޓަމަރުގެ އެކައުންޓުން އުނިވި ފައިސާއަކީ ސީދާ ގެއްލުމެއްގެ ގޮތުގައި ބޭންކުން އަދާކުރަންޖެހޭ ފައިސާއެވެ.

HN7 ތަބަޢީ ގެއްލުމާއި (consequential loss) ޢުޤޫބާތެއްގެ ގޮތުގައި ދޭ ބަދަލު (punitive damages) ލިބިފައިވާ ގޮތާމެދު ދަށުކޯޓުގައި ވާހަކަ ދެކެވިފައިނުވާނަމަ އެ ބަދަލުގެ މިންވަރާމެދު އިސްތިއުނާފީ މަރުޙަލާގައި ހައިކޯޓަށް ގޮތެއް ކަނޑައެޅޭނެ ކަމަކަށް ނުދެކެއެވެ؛ އެ ގެއްލުން ހޯދުމަށް އައު ދަޢުވާއެއް ކުރެވިދާނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުޒައިފާ މުޙައްމަދު، މުޙައްމަދު ފައިޞަލް، ޙުސައިން މަޒީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ޙުސައިން މަޒީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

111 ފެބރުއަރް 2018 ގައު އެޓޯލް ލޮޖިސްޓކްސ ޕްރައިވެޓް ލިމިޓެޑް )ރަޖިސްޓްރީ ނަންބަރ C-10/2009( )މީގެ ފަހުން " އެޓޯލް ލޮޖިސްޓިކްސް" ނުވަތަ "ކުންފުނި" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް"( ގެ ނަމުގައި ބޭންކް އޮފް ސިލޯން )ރަޖިސްޓްރީ ނަންބަރ FC-0014/2015( )މީގެ ފަހުން "ބޭންކ އޮފް ސިލޯން" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް"( ގެ "އެޕްލިކޭޝަން ފޮރ ސްވިފްޓ ފަންޑް ޓްރާންސްފޯރ" ފޯމުން )މީގެ ފަހުން "ފޯމް"( އެޓޯލް ލޮޖިސްޓިކްސްގެ ހުއްދަނެތި USD19,772 )ނަވާރަހާސް ހަތްސަތޭކަ ހަތް ދިހަ ދޭއ އެމެރިކާ ޑޮލަރު( ރާއްޖެއިން ބޭރުގެ އެކައުންޓަކަށް ނަންބަރު TT/8/622 ޓެލެގްރެފިކް ޓްރާންސްފަރ ކޮށްފައިވާތީ، މި ޓްރާންސްފަރ އަކީ ބޭންކ އޮފް ސިލޯންގެ ޚަޠަޢު އިހުމާލުން ހިންގާފައިވާ ނުވަތަ ކޮށްފައިވާ މުޢާމަލާތަކަށްވާތީ، ބޭންކް އޮފް ސިލޯންގެ އިހުމާލުނާމިފެދަ ބޮޑު ގެއްލުމެއް ލިބިފައިވާކަމަށް ބުންއެޓޯލް ލޮޖިސްޓިކްސި އަށް ގެއްލުންވި ފައިސާ އަނބުރާ ހޯދުމަށާއި loss) (actual، ކުރިމަތިވި ގެއްލުމުގެ ބަދަލު ހޯދުމަށާއި (Consequential loss)، ބޭންކް އޮފް ސިލޯނއަކީ ރައްޔިތުންނަށް ޢާންމު ޚިދުމަތް ފޯރުކޮށްދް މުޢައްސަސާއަކަށްވީ ހިނދު، މިފަދަ އިހުމާލެއްގެ ސަބަބުން ޢާންމުންނާއް ޢެންމުންގެ ވިޔަފާރިތަކަށ ކުރިމަތިވިދާނެ ގެއްލުމާއި ނިކަމެތިކމާއ، ނުޙައްޤު ބުރައިގެ އިޙްތިމާލް އޮތަތީވެ، އެކަމުގެ ޢުޤޫބާތެއްގެ ގޮތުގައި (punitive damages) ބަދަލު ނަގައިދިނުމަށް އެދި އެޓޯލް ލޮޖިސްޓިކްސް ގިފަރާތުނ ބޭންކް އޮފް ސިލޯންގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާ އުފުލިއެވެ. މި ދަޢުވާ ބަލާފައިވަނީ އެކޯޓުގެ ނަންބަރ 3115/Cv-C/2018 ޤަޟިއްޔާއިންނެވެ. ސިވިލް ކޯޓުގެ "މުދަލާއި ފައިސާއާބެހޭ ކުދި މައްސަލަތަކާއި އަވަސްނިޔާގެ މައްސަލަތައް ބަލާ ޑިވިޜަނަށް މައްސަލަ ހުށަހަޅާ ފޯމު'ގެ ނަންބަރ

9.1 ގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ނުޙައްޤުން ގެއްލިފައިވާ ފައިސާ ނުވަތަ loss) Actual( ގެ ގޮތުގައި $19,900.63 )ނަވާރަހާސް

2މިއީ ސިވިލް ކޯޓުގެ ނަންބަރު 3115/Cv-C/2018 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީއަދ ޤާނޫނި ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ އ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި އެޓޯލް ލޮޖިސްޓިކްސްގިފަރާތުނ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެވެ. މ ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ބޭންކް އޮފް ސިލޯނެވެ.

މައްސަލައިގައި ކަން ހިނގާފައިވާ ގޮތް

311 ފެބްރުއަރީ 2018 ގައި ބޭންކް އޮފް ސިލންގޯ "އެޕްލިކޭޝަން ފޮރ ސްވިފްޓް ފަންޑު ޓްރާންސްފަރ" ފޯމަކުން، އެޓޯލް ލޮޖިސްޓިކްސްގެ ނަމުގައި،ބޭންކ އޮފް ސިލޯންގައި އޮންނަ އެކައުންޓުން ޓެލެގްރެފިކ ޓްރާންސްފެ ރއެއ ކުރުމަށް އެޓޯލް ލޮޖިސްޓިކްސްގައޮތަރައިޒް ސޮޔާއި، ސިއކ ޖަހައި އެޕްލިކޭޝަނެއް ބޭންކް އޮފް ސިލޯނަށް ހުށަހަޅާފައިވެއެވެ. މި ފޯމް ހުށަހަޅާފައިވަނީ، އެޓޯލް ލޮޖިސްޓިކްސްގެ ޗެކްތަކަށް ފައިސ ނެގުމާއި، ފައިސާ ޖަމާކުރުމާއި، ފައިސާ ޓްރާންސްފަރކުރުމާއި މިފަދައިން ބޭންކް އޮފް ސިލޯނުން ދ ޚިދުމަތްތަކަށް އެ ކުންފުނިން ފޮނުވާ މުވައްޒަފު ކަމުގައި ބޭންކް އޮފް ސިލޯނުގެ ފަރާތުން ބުނެފައިވެއި ވި.އަދ މ ފޯމް ޕްރޮސެސް ކޮށް، އެޕްލިކޭޝަން ފޯމުގައިވާ ގޮތުގެ މަތިން USD19,772 )ނަވާރަހާސް ހަތްސަތޭކަ ހަތްދިހަ ދޭއް އެމެރިކާ ޑޮލަރު( ޓްރާންސްފަރ ކޮށްފައިވެއެވެ.

4އެޓޯލް ލޮޖިސްޓިކްސްގެ ފަރާތުން ބުނެފައިވަނީ ފޯމުގައިވާ ސޮޔެ އ ސިއްކައަކީ ފޯޖްކޮށްފައިވާ، އ ތަކެތީގެ އަޞްލާއި ދިމާނުވާ ތަކެތި ކަމުގައިވާއިރު، އެކަން ބޭންކް އޮފް ސިލޯނުން ބަލަންޖެހޭ މިންވަރަށް ބަލާފައިނުވާތީ، ނުވަސަތޭކަ ޑޮލަރާއި ފަސްދޮޅަސްތިން ސެންޓްސް( އާއި ލިބުނު ގެއްލުމުގެ ބަދަލު ނުވަތަ (Consequential Loss) ގެ ގޮތުގައި $39,403.25 )ތިރީސްނުވަހާސް ހަތަރުސަތޭކަ ތިން ޑޮލަރާއި ފަންސަވީސް ސެންޓްސް( އާއި އުޤޫބާތެއްގެ ގޮތުގައި ބަދަލު ނުވަތަ (punative Damages) ގެ ގޮތުގައި MVR 50,000 )ފަންސަވީސްހާސް ދިވެހި ރުފިޔާ( ލިބިދިނުމަށް ހުށަހަޅާފައިވެއެވެ. މި މުޢާމަލާތް ފުރިހަމަވެފައިވަނީ ބޭންކް އޮފް ސިލޯންގެ އިހުމާލުންކަމުގައި ބަލަންޖެހޭކަމަށެވެ. ބޭންކް އޮފް ސިލޯނުން މިފަދަ މުޢާމަލާތްތަކުގައ ހުށަހަޅް ފޯމުތަކަކީ ޞައްޙަ ފޯމެއްތޯ ކަނޑައަޅާ ގޮތަކީ، އެ ފޯމުގައިވާ ސޮއި ވެރިފައިކުރުންކަމަށާއި، ސޮއިގައ މައްސަލި އުޅޭކަމަށް ޓެލަރއަށް ޤަބޫލުކުރެވޭނަމަ، އެ ސޮއި ކަރަންޓް އެކައުންޓް އޮފިސަރ ވެރިފައިކުރާކަމަށާއި، އެޓޯލް ލޮޖިސްޓިކްސްއިނ ހުށަހަޅާފައިވް ފޯމުވެ ސ ބޭންކް އޮފް ސިލޯނުގ 4 )ހަތަރެއް( މުވައްޒަފުން ޗެކްކޮށް، ވެރިފައިކޮށްފައިވާތީ، މި މ ޢު މަލާތުގައި ބޭންކް އޮފް ސިލޯނުން ޢަމަލުކޮށްފައިވަނީ ބޭންކް އޮފް ސިލޯނުގެ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ކަމުގައި ބޭންކް އޮފް ސިލޯންގެ ފަރާތުން ބުނެފައިވެއެވެ.

ސިވިލް ކޯޓުން ނިންމި ގޮތް

5ސިވިލް ކޯޓުގެ ނަންބަރު 3115/Cv-C/2018 ޤަޟިއްޔާގައި އެކޯޓުން ޙުކުމްކޮށްފައިވަނީ، "ދެންފަހެ، އިސްވެދިޔަ ބަޔާންތަކަށާއި ފާހަގަކުރި ނުކުތާތަކުގެ މައްޗަށް ބެލުމަށްފަހު، އެޓޯލް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑް )ރަޖިސްޓްރީ ނަންބަރ C-10/2009( ގެ ނަމުގައި ބޭންކް އޮފް ސިލޯން )ރަޖިސްޓްރީ ނަންބަރު FC-0014/2015( ގެ "އެޕްލިކޭޝަން ފޮރ ސްވިފްޓް ފަންޑް ޓްރާންސްފަރ" ފޯމުން 11 ފެބްރުއަރީ 2018 ގައި USD19,772 )ނަވާރަހާސް ހަތްސަތޭކަ ހަތްދިހަ ދޭއް އެމެރިކާ ޑޮލަރު( ރާއްޖެއިން ބޭރުގެ އެކައުނި ޓަކަށ ބޭންކް އޮފް ސިލޯންގެ އިހުމާލުން ޓްރާންސްފަރ ކޮށްފައިވާތީ، އެޓްރާންސެކްޝަން ބާޠިލްކުރުމަށާއި، ގެއްލުމުގެ ބަދަލު ހޯދުމަށް އެދޭ ހުށަހަޅާފައިވާ މި މައްސަލައިގައި، މި ޓްރާންސްފަރއަކީ ބޭންކް އޮފް ސިލޯންގެ ޚަޠައު އިހުމާލުން ހިންގާފައިވާ ނުވަތަ ކޮށްފައިވު މުޢާމަލާތެއްކަން އެޓޯލް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑްއަށް ޘާބިތު ކޮށްދެވިފައިނުވާތީ، ނަންބަރ TT/8/622 ޓްރާންސެކްޝަނ ބާޠިލް ކުރާން ތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.

އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް

6ސިވިލް ކޯޓުގެ ނަންބަރު 3115/Cv-C/2018 ޤަޟިއްޔާ ނިމިފްއިވާގޮތަ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތ ނުވާކަމަށް ބުން އެޤަޟިއްޔާ އިސްތިއުނާފ ކުރުމަށް އެދް އެޓޯލް ލޮޖިސްޓިކްސގި ފަރާތުން އަންނަނިވ ނުކުތާ ހުށަހަޅައި، އެނުކުތާއާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާއަކީ؛ .16 ސިވިލް ކޯޓުން މައްސަލަ ނިންމަވާފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/20 ޤަޟިއްޔާ އިން ކަނޑައަޅުއްވާފައިވާ އުޞޫލާ ޚިލާފަށްކަމަށު ބުނެ ހުށަހެޅި ނުކުތާއެވެ.

7މ ނުކުތި ތަފްޞީލުކުރަމުން އެޓޯލް ލޮޖިސްޓް ކްސްގެ ފަރާތުން ބުނެފައިވަނީ ޚި ޠައ އިހުމާލު ސާބިތުކުރުމަށް ޖުމްލަ 3 )ތިނެއް( ރުކުނެއް ފުރިހަމަވާންޖެހޭކަމަށްދިވެހިރާއްޖޭގ ސުޕްރީމް ކޯޓުގެ ނަންބަރ 2012/SC-A/20 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާކަމާއި، އެއީ، )1( ޝަރުޢީ އަދި ޤާނޫނީ ގޮތުން އޮތަ އިލްތިޒާމަކާއި ޚިލާފުވުމުގެ )ޚަޠައު / fault( ޢަމަލެއް އޮތުން؛ )2( އެ ޢަމަލުގެ ސަބަބުން އެހެން ފަރާތަކަށް ގެއްލުމެއް )ޟަރަރު / damage( ވެފައިވުން؛ )3( ގެއްލުން ލިބިފައިވަނީ އެ ޢަމަލުގެ ސަބަބުންކަން ދައްކައިދެނިވި (casusal link)ސަބަބީ ގުޅުމެއް އޮތުން. މި ތިން ރުކުންކަމަށެވެ. މި ރުކުންތައް ސާބިތުވުމަކީ ކޮންމެހެން ލާޒިމުވެގެންވާކަމެއްކަމަށާއި، އެހެން ނަމަވެސް، އިހުމާލުވުމުގެ ޢަމަލުކުޅައ ގެއްލުނީ ދިނުމުގެ ޤަޞްދުގައިކަން ސާބިތުކުރުމަކީ ޝަރުޠެއްނޫންކަމަށާއ އަދި މިފަދަ ކަމެއް ސާބިތުކުރުމުގައި ބަލަންޖެހޭ މިންގަނޑަކީ އެފަދަ ކަމެއްގައި ނުވަތަ އެފަދަ ޕްރޮފެޝަނެއްގައި ހުރި، ހައިފަލ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ އެމް.އެމް.އައިބަންބޫ ޕްރައިވެޓް ލިމޓެޑި މަޢުޤޫލު (reasonable) މީހެއްގެ ބެލުންތެރިކަމާއި، ފަރުވާތެރިކަން ހުންނާނެކަމަށް ބެލެވޭ މިންވަރަށްކަމުގައި ބަޔާންކުރަނިވި ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާކަމަށެވެ.

8މާލީ އިދާރާއެއްގެ ހައިސިއްޔަތުންނާއި މީސްމީހުންގެ ފައިސާގެ ކަސްޓޯޑިއަންގެ ހައިސިއްޔަތުން، ބޭންކްގައި ބަހައްޓާފައި ހުންނަ ފައިސާއާމެދު ބޭންކް އޮފް ސިލޯނުން ފަރުވާތެރިވ، ހުށިޔރުވާންޖެހޭކަމާއި، މިފަދަ މަސްޢެލިއްޔަތެއް އުފެދެނީ ފަރުވާ ނުބަހައްޓައިފިނަ މ، މީހަކަށް ގެއްލުމެ އ ލިބިދާނެކަން ތަސައްވަރުކުރެވޭ ކޮންމެ ޙާލި ތއްގައިކަމާއ (forseeability of harm)، އެހާ ހިސާބުން ފެށިގެން ބޭންކް އޮފް ސިލޯނުގެ މައްޗަށް care of duty ގެ މަދަނީ އިލްތިޒާމެއް ކުރެވޭނެކަމާއި، މިއީ އާންމުކޮށް ނިސްބަތްކުރެވޭ general duty of care ކަމެވެ.

9special duty of care އަށި ބަލާއިރު، ބޭންކް އޮފް ސިލޯންގެ މައްޗަށް އޮތް ފަރުވާތެރިކަން ބަހައްޓަންޖެހޭ މިންވަރާއި މިންގަނޑުގެ ޚާއްޞަ މަދަނީ މަސްޢޫލިއްޔަތު ދޭހަވާ ޤާނޫނީ ދަލީލްތަކަކީ، މަނީ ލޯންޑަރިންގ އަދ ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގައި ބ ންކްތަކުގައި ޢަމަލަކުރަންޖެހޭ ގޮތުގެ ގަވާއިދު ގެ ދެވަނަ ބާބު "ކަސްޓަމަރުންނާމެދު ފަރުވާތެރިކަމުގެ ފިޔަވަޅުތައް" މި ބާބުގެ ދަށުން އަންނަ މަސްޢޫލިއްޔަތުގެ ތެރެއިން ކަމާއި، މިގޮތުން މި ގަވާއިދުގެ 7 ވަނަ މާއްދާގެ )ށ(އާއި، 8 ވަނަ މާއްދާގެ )ހ(ގެ 1 ވަނަ ނަންބަރާއި، 8 ވަނަ މާއްދާގެ )ށ(ގ 2 ވަނަ ނަންބަރާއި، 8 ވަނަ މާއްދާގެ )ރ( އާއި، 12 ވަނަ މާއްދާއާއި، 13 ވަނަ މާއްދާގެ )ހ(އަދި )ށ(ގައި ބޭންކްއިން އަދާކުރަންޖެހޭ މަސްޢޫލިއްޔަތުތައް ބަޔާންކުރާއިރު، މި މާއްދާތަކުގައި ބަޔާންކުރާ duty އާ ބޭންކް އިފ ސިލޯނުން ޚިލާފުވެފައިވާތީ، ދިވެހިރައްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2012/SC-A/20 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާ "ޝަރުޢީ އަދި ޤާނޫނީ ގޮތުން އޮތްއިލްތިޒާމަކާއި ޚިލާފުވުމުގެ )ޚަޠައު / fault( ޢަމަލެއް އޮތުން" މި ރުކުން ފުރިހަމަވާކަމެވެ.

10ބޭންކް އޮފް ސިލޯންގެ އެ ޢަމަލުގެ ސަބަބުން އެޓޯލް ލޮޖިސްޓިކްސްއަށް ގެއްލުންވެފައިވާކަމާއި، އެޓޯލް ލޮޖިސްޓިކްސްއަށް ލިބިފައިވާ ގެއްލުމަކީ ބޭންކް އޮފް ސިލޯނުގެ އިހުމާލުން ކުރިމަތިވި ގެއްލުންނޫންކަމުގައ ނުވާނެކަމާއި، އެޓޯލް ލޮޖިސްޓިކްސްއަށ ލިބުން ގެއްލުނު ލިބިފައިވަނީ )އަދި ލިބެމުންދަނީ( ބޭންކް އޮފް ސިލޯނުގ ޢަމަލުގެ ސަބަބުންކަން ދައްކުވައިދެނިވި ސަބަބީ ގުޅުމެއް އޮތްކަމެވެ.

11އެޓޯލް ލޮޖިސްޓިކްސްގެ ފަރާތުން އެދެނީ ސިވިލް ކޯޓުގެ ނަންބަރ 3115/Cv-C/2018 ޤަޟިއްޔާގެނިންމުމަކ ބާޠލި ނިންމުމެއް ކަމަށް ކަނޑައަޅައް،ސިވިލް ކޓަށޯ މައްސަލް ތަހުވީލުކުރުމަށޯ، ނުވަތަމިކޯޓުން މައްސަލަ އަލެ ން ބަލާ، އިސްތިއުނާފުކުރާ ފަރާތނ ހުށަހަޅާފައިވް ދައުވާ ފޯމުގެ 6 ވަނަ ނަންބަރުގައި އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ގޮތުގެ މަތިން، ޙުކުމެއް ކޮށްދިނުމަށެވެ. އިސްތިއުނާފީ ނުކުތާތަކަށް ބޭންކް އޮފް ސިލޯންގެ ފަރާތުން ދީފައިވާ ރައްދު

12އިސްތިއުނާފީ ނުކުތާތަކަށް ރައްދުދެމުން، ބޭންކު އޮފް ސިލޯނުގެ ފަރާތުން ފާހަގަކޮށްފައިވަނީ ދިވެހިރާއްޖޭގ ސުޕްރީމް ކޯޓުގެ ނަންބަރ 2012/SC-A/20 ޤަޟިއްޔާގައި ފާހަގަކޮށްފައިވަނީ " ތަޤްޞީރީ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ "ޚަ ޠައު އިހްމާލު"ގެ މައްސަލަތަކުގައި އިހުމާލުވުމުގެ ޢަމަލުކުޅައީ ގެއްލުންދިނުމުގެ ގަސްދުގައިކަން ސާބިތުކުރުމަކީ ޝަރުޠެއްނޫންކަމާއި، އިހުމާލުވުމުގެ ސަބަބުން ތަޤްޞީރީ މަސްޢޫލިއްޔަތު އުފުލަންޖެހޭނީ އެފަދަ ކަމެއްގައި ޕްރޮފެޝަން އްގައި ހުރި، މަޢުޤޫލު މީހެއްގެ ބެލުންތެރިކަމާއި ފަރުވާތެރިކަން ހުންނާނެ މިންވަރަށް ފަރުވާތެރިނުވުމުގެ ސަބަބުން އެހެން ފަރާތަކަށް ގެއްލުން ލިބުންކަން" މިފަދައިން ބަޔާންކޮށްފައިވާކަމެވެ. ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ އެމް.އެމް.އައިބަންބޫ ޕްރައިވެޓް ލިމިޓެޑް

13ސިވިލް ކޯޓަށް ހުށަހެޅުނު ދަޢުވާއާ ގުޅިގެން، ބޭންކް އޮފް ސިލޯނުގެ ފަރާތް ނ ވަން އެ ދަޢުވާގައި ބަޔާންކުރާ ޓްރާންސެކްޝަން ޕްރޮސެސްކޮށްފައިވ ގޮތާ ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްދީފައިކަމާއި، އެ ޓްރާންސެކްޝަނ ޕްރޮސެސްކުރުމުގައި ބޭންކް އޮފް ސިލޯނުން ޢާންމު ގޮތެއްގައި ޢަމަލުކުރަމުންދާ އެއްވެސް އުޞޫލަކާ އަދ ދިވެހިރާއްޖޭގެ ބޭންކިންގ ޕްރެކްޓިސްއަކ ޚިލާފަށާ އެއްވެސް ޢަމަލެއްކޮށްފައިނުވާކަން ސާބިތުކޮށްދީފައިވާނެކަމެވެ.

1411 ފެބްރުއަރީ 2018 ގައި ބޭންކް އޮފް ސިލޯނަށ އެޓޯލް ލޮޖިސްޓިކްސްގެ ނަމުގައި ހުށަހަޅާފައިވާ އެ ކުންފުނީގެ އޮތޮރައިޒްޑް ސޮޔާއި، ސިއްކަ ޖަހާފައިވާ ސްވިފްޓް ފަންޑް ޓްރާންސްފަރ އެޕްލިކޭޝަން ފޯމަކީ އެޓޯލް ލޮޖިސްޓިކްސްގެ ޗެކަށް ފައިސާ ނެގުމާއި، އެ ފަރާތުގެ އެކައުންޓަށް ފައިސާ ޖަމާކުރުމާއި، ފައިސާ އެހެނ އެކައުންޓްތަކަށް ޓްރާންސްފަރކުރުމާއި، މިފަދައިން ބޭންކް އޮފް ސިލޯނަ ން ދޭ ހުރިހާ ޚިދުމަތަކަށް އެ ފަރާތުނ ޢާންމުކޮށ ބޭންކް އޮފް ސިލޯނށް ފޮނުވިމުވައްޒަފު އާދައިގެ މަތިން ހުށަހެޅި ފޯމެއްކަމާއި، ބޭންކް އޮފް ސިލޯނުގައް ހެދިފައިވާ އިޖުރާއަތު ފުރިހަމަވާގޮތަށް ހުށަހަޅާފައިވާ ފޯމް ޕްރޮސެސްކުރުމަކީ ބޭންކް އޮފް ސިލޯނުގެ ޒިންމާއެއްކަމާއި، އެ ޒިންމާ އަދާކުރުމުގައި ބޭންކް އޮފް ސިލޯނުން ފަރުވާކުޑަ ނުވަތަ އިހުމާލުގެ ޢަމަލެއް ހިނގާފައިވާކަމަށް ބުނެވޭނެ ޖާގައެއްނެތްކަމެވެ.

15ޤާނޫނު ނަންބަރު 2014/10 ) މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު( ގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހަދައި ޢަމަލުކުރަމުން އަންނަ ގަވާއިދު ނަންބަރ 8-2015/Rގެ 15 ވަން މާއްދާގަ ދަށުން އާދަޔާ ޚިލާފު ބޮޑެތި ޢަދަދުތައް ހިމެނޭ މ ޢާމަލާތުތަކަށ ބޭންކުން ޚާއްޞަ ސަމާލުކަމެއު ދޭންޖެހޭނެކަމަށް ބަޔާންކޮށްފައިވާކަމާއި، ނަމަވެސް ބޭންކް އޮފް ސިލޯނުން އެގޮތަށް ޢަމަލުކޮށްފައިނުވާކަމަށ އެޓޯލް ލޮޖިސްޓިކްސްގެ ފަރާތުން ބަޔާންކޮށްފައިވަކަމާއި، މި ގަވާއިދުގެ 15 ވަނަ މާއްދާގަ )ހ( ގައި ބަޔާންކޮށްފާ އިވަނީ "އާ ންމުކޮށް ކުރެވޭ މުޢާމަލާތްތަކާ ތަފާތު މުޢާމަލާތްތަކާއި، އާދަޔާ ޚިލާފު ބޮޑެތިއަ ދަދތައ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގައި ބޭންކުތަކުން ޢަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދު ހިމެން މުޢާމަލާތްތަކާއި، އަދި އާދަޔާ ޚިލާފު ގޮތްގޮތަށް ކުރެވޭ މުޢް މަލާތްތަކަކީ އޭގާއި އިޤްތިޞާދީ ބޭނުމެއް ނެތި ނުވަތަ ޤާނޫނީގޮތުން ހުއްދަކުރާ ބޭނުމެއަނެތި ކުރާ މުޢާމަލާތު ކެއް ކަމަށް ފެންނަނަމަ، އެފަދް މުޢި މަލާތްތައާ ކުރުމުގައަ ބޭންކް ތަކުން ޚާއްޞަ ސަމާލުކަމެއ ދީގެން ބަލާންވާނެ" ކަމަށާއި، މި ގަވާއިދުގެ ދަށުން ޚާއްޞަ ސަމާލުކަމެއ ދީގެން ބަލަންޖެހޭ މުޢާމަލާތުތަކަކީ ޢާންމުކޮށް ކުރާ މުޢާމަލާތުތަކާއި ތަފާތުކޮށުކުރެވ މުޢާމަލާތަށްވާއިރު، އެޓޯލް ލޮޖިސްޓިކްސްގެ ފަރާތުން ކޮށްފައިވާ މުޢާމަލާތަކީ، އެ ފަރާތްން ޢާންމުކޮށް ބޭންކ އޮފް ސިލޯން މެދުވެރިކޮށް ކުރާ ބާވަތުގެ މުޢާމަލާތެއްކަމވެ.

16ބަޔާންކޮށްފައިވާ ގަވާއިދުގައި ބަޔާންކުރާ ދެވަނަ ބާވަތުގެ މުޢާމަލާތް އާދަޔާ ޚިލާފުމޢާމަލާތެއްގީގޮތުގައި ބެލެވެނީ އޭގައި އިޤްތިޞާދީ ބޭނުމެއްނެތ ނުވަތި ޤާނޫންގޮތުން ހުއްދަކުރާ ބޭނުމެއްނެތި ކުރާ މުޢަމަލާތެ ތައޭ ކަމާއި، އެޓޯލް ލޮޖިސްޓިކްސްގެ ފަރާތުން ކޮށްފައިވާ މުޢާމަލާތުގައި އެޕްލިކޭޝަން ފޯމާއި، އ ފޯމާއިއެކު އެ މުޢާމަލާތުގެ އިޤްތިޞާދީ ބީ ނުން ހާމަކޮށް ހަތަރު ޑެބިޓްނޯޓް ހުށަހަޅާފައިވާކަމާއި، އެހެންކަމުނ އޭގެ ޒާތުން ބަލާއިރު އެއީ ހުރިހާ އިޖުރާއަތެއް ފުރިހަމަވެފައިވާ އަދި ގަވާއިދުގައި ބަޔާންކުރާފަދަ އިޤްތިޞާދީ ބޭނުމެއް އެކުލެވިފައިވާ މުޢާމަލާތެއްކަމުގައި ބޭންކް އޮފް ސިލޯނުން ދެކޭކަމެވެ.

17ބޭންކ އޮފް ސިލޯންގެ ފަރާތުން އެދެނީ ސިވިލް ކޯޓުގެ ނަންބަރ 3115/Cv-C/2018 ޤަޟިއްޔާގެ ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތްވާ ގޮތުގެ މަތިންކަން ކަނޑައަޅުއްވާދެއްވުމަށް އެދޭކަމަށެވެ.

ޓޯޓުގެ ދަށުން އަންނަ އިހުމާލު

18HN1ޓޯޓަކީ މަދަނީ އިލްތިޒާމްތަކުގެ ތެރޭގައި ހިމެނޭ މަދަނީ ގޯސްތަކެވެ )ނުވަތަ މަދަނަ ކުށްތަކެވެ(. މއ ކޮންޓްރެކްޓެއްގެ ދަށުން ފިޔަވައި، މީހެއްގެ ޢަމަލަކުން އެހެން މީހަކަށް ނުވަތަ އެހެން މީހެއްގެ މުދަލަކަށް ނުވަތަ ޙައްޤަކަށް ގެއްލުމެއް ނުވަތަ އަނިޔާއެއް ނުވަތަ އުނިކަމެއެ ދިން މުން އެކަމުގައި މަސްޢޫލިއްޔަތު އުފުލައި އޭގެ ބަދަލު ފައިސާއިން ދޭންޖެހޭ ޢަމަލުތަކެވެ. މަދަނީ އިލްތިޒާމްތަކުގެ ތެރޭގައި ހިމެނޭ މަދަނީ ގޯސްތަކުގެ ޒިންމާއަކަ liability) (tortious ދަޢުވާކުރާ ފަރާތުގެ މައްޗަށް ދަޢުވާލިބޭ ފަރާތުން އަދާކުރަންޖެހޭ ޤާނޫނީ ވާޖިބު (legal duty)އާ ޚިލާފުވުމުން އެކަމުގެ މައްޗަށް ބިނާކޮށް ދަޢުވާލިބޭ ފަރާތުގެ މައްޗަށް ކޯޓުން މަތިކުރާ ޤާނޫނީ ޒިންމާއެކެވެ. މި ޒިންމާ އުފުލަންޖެހެނީ މަތިކޮށްފައިވާ މަސްޢޫލިއްޔަތަކާއ ނުވަތި އިލްތިޒާމަކާއި ޚިލާފުވެ، އެކަމުގެ ސަބަބުން ގެއްލުމެއް (damage) ލިބިފި އިވަ ނަމައެވެ. މިފަދައިން ލިބިފައިވާ ގެއްލުން ދެނެގަތުމުގައި ގެއްލުން ލިބިދާނެކަން ތަޞައްވަރުކުރެވޭ ނުވަތަ ގެއްލުމެއް ލިބިދާނެކަމުގެ އިޙްތިމާލު އޮތް މިންވަރުގެ ދުރާގާތްކަމަށ (remoteness of damage) ރިޢާޔަތްކުރަންޖެހެއެވެ.

19ޓޯޓްގެ ޢަމަލުތަކުގެ ތަޢާރަފާއި އެ ޢަމަލުގައި ފުރިހަމަވާންޖެހޭ ރުކުންތައް ދިވެހިރާއްޖޭގެ ސޕްރީމު ކޯޓުގް ޤަޟިއްޔާތަކުގައި ތަފްޞީލުކޮށްދެއްވާފައިވެއެވެ. މިގޮތުން އިސްތިއުނާފުކުރު ފަރާތުން ޙަވާލާދޭ ޤަޟިއްޔާއަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2012/SC-A/20 ޤަޟިއްޔާއެވެ.

ސުޕްރީމް ކޯޓުގެ ނަންބަރ 2012/SC-A/20 ޤަޟިއްޔާ

20HN2ސިވިލް ކޯޓުގެ ނަންބަރު 3115/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރުމަށްޓަކައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅަނީ ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރ 2012/SC-A/20 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވ އުޞޫލާ ޚިލާފަށާ ކަމަށެވެ. އެހެންކަމުން، މި ނުކުތާގައި، ސުޕްރީމް ކޯޓުގެ ނަންބަރ 2012/SC-A/20 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާ އުޞޫލަށް ބަލައި، އެ ބައި ހިމެނީމެވެ. ހުސްނުއްސުއޫދު، "ޤާނޫނީ ރަދީފ" )2018( މޯލްޑިވްސް ލޯ އިންސްޓިޓިއުޓް، ދިވެހިރާއްޖޭ، ޞަފްޙާ 152 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/71 ޤަޟިއްޔާ ހައިފަލ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ އެމް.އެމް.އައި ބަންބޫ ޕްރައިވެޓް ލިމިޓެޑް ހައިފަލ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ އެމް.އެމް.އައިބަންބޫ ޕްރައިވެޓް ލިމިޓެޑްގެ ފާހަގަކުރެވުނު ނުކުތާތަކުގެ )ރ( ގައި "ތަޤްދީރީ މަސްއޫލިއްޔަތު responsibility) (Delictual ގެ ތެރޭގައިހިމެނޭ ޚަޠައު އިހްމާލު (Negligence) ގެ މައްސަލައަކަށް ވެފައި، ތަޤްޞީރީ މަސްއޫލިއްޔަތުގެ ޝަރުޢީ އަދި ޤާނޫނީ އަސާސްތަކުގެ މައްޗަށް ބަލާއިރު، ތަޤްޞީރީ މަސްއޫލިއްޔަތަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން އޮތް އިލްތިޒާމަކާއި ޚިލާފުވުމުގެ )ޚަޠައު / Fault( ޢަމަލާއި، އެ ޢަމަލުގެ ސަބަބުން އެހެން ފަރާތަކަށް ލިބޭ )ޟަރަރު / Damage ( ގެއްލުމާ އ، ގެއްލުން ލިބިފައިވަނީ އެ ޢަމަލުގެ ސަބަބުންކަން ދައްކައިދެނިވ (Causal link) ސަބަބަކީ ގުޅުމާއި، ތިން ރުކުނުގެ މައްޗަށް އެކުލެވޭ މަދަނީ މަސްއޫލިއްޔަތެއްކަމާއި، ގެއްލުން ލިބުނު ފަރާތަށް ގެއްލުމުގެ ބަދަލު ޙައްޤުވާކަން ކަނޑައެޅުމުގައި މ ރުކުންތައް ސާބިތުވުމަކީ ކޮންމެހެންވެސް ލާޒިމްވެގެންވާ ކަމެއްކަމާއި، ތަޤްޞީރީ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ "ޚަޠައު އިހްމާލު" ގެ މައްސަލަތަކުގައި އިހްމާލުވުމުގެ ސަބަބުން ތަޤްޞީރީ މަސްއޫލިއްޔަތު އުފުލަންޖެހެނީ އެފަދަ ކަމެއްގައި ނުވަތަ އެފަދަ ޕްރޮފެޝަނެއްގައި ހުރި، މަޢުޤޫލ (Reasonable) މީހެއްގެ ބެލުންތެރިކަމާއި، ފަރުވާތެރިކަން ހުންނަ މިންވަރާ ކަމަށު ބެލެވޭ މިންވަރަށް ފަރުވާތެރި ނުވުމުގެ ސަބަބުން އެހެން ފަރާތަކަށް ގެއްލުން ލިބުމުންކނ އެނގެން އޮންން އޮތުމެވެ."

21ޤާނޫނީ ވާޖިބަކާއި ޚިލާފުވުމުގެ ސަބަބުން ޒިންމާ އުފުލަންޖެހޭ ޙާލަތްތައް )ތަޤްޞީރީ މަސްޢޫލިއްޔަތު / (delicual responsibility އިސްވެ ފާހަގަކުރަނިވި ޤަޟިއްޔާގައި ބަޔާންކުރެއެވެ. އެގޮތުން ތަޤްޞީރީ މަސްޢލިއްޔަތުގެ އަސާސީ ރުކުންތަކަކީ:

1. ޤާނޫނީ އިލްތިޒާމަކާއ ނުވަތި ޤާނޫނަ ވާޖިބަކާއި ޚިލާފުވުމުގެ ޢަމަލެއް އޮތުން )ޚަޠައު / ؛(fault

2. އެ ޢަމަލުގެ ސަބަބުން ގެއްލުމެއްވފައިވުން )ޟަރަރު / damage(؛

3. ގެއްލުނު ލިބިފައިވަނީ އެ ކުޅަ "ޚަޠައު" ގެ ޢަމަލުގެ ސަބަބުންކަން ދައްކުވައިދޭ ސަބަބީ ގުޅުމެއް އޮތުން؛ )Causal link( މިއެވެ. ޓޯޓްގެ ޢަމަލުތަކުގައި ފުރިހަމަވާންޖެހޭ ރުކުންތަކާއި ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމަވާފައިވާ އެހެނިހެން ނިންމެވުންތައް

22ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2012/SC-A/10 އިބްރާހީމް ލަޠީފް ވ. އާމިނަތު ޝާހިދާ ޤަޟިއްޔާގައި ފާހަގަކުރައްވާފައިވަނީ؛ " ބަދަލު ހޯދަން ދަޢުވާކުރާ ފަރާތަށް ބަދަލު ޙައްޤުވަނީ، ލިބުނު ގެއްލުމާ މަސްއޫލުވ ފަރާތުގާ މައްޗަށް އޮތް، ކޮން ޤާނޫނީ މަސްއޫލިއްޔަތަކީ ޚިލާފުވުމުން ލިބިފައިވާ ކޮން ގެއްލުމެއްގެ ބަދަލުކަމާއ އަދި އެ ޤާނޫނީ މަސްއޫލިއްޔަތަކީ މަދަން މަސްއޫލިއްޔަތެއްކަން ނުވަތަ ޖިނާއީ މަސްއޫލިއްޔަތެއްކަން ނުވަތަ އިދާރީ މަސްއޫލިއްޔަތެއްކަން އަދި މަދަނީ މަސްއޫލިއްޔަތެއްނަމ އެއަ ޢަޤްދީ މަސްއޫލިއްޔަތެއްކަނ (Contractual responsibility) ނުވަތަ ތަޤްޞީރީ މަސްއޫލިއްޔަތެއްކަނ responsibility) (Delictual ދަޢުވާގައި ކަނޑައަޅައި ސާބިތުކުރަން ވާނެކަމާއި، އެގޮތުން، "ޚަޠައު" އެއް ނުވަތަ ގޯހެއް ހެދުމުގެ ސަބަބުން އުފުލަންޖެހޭ ތަޤްޞީރީ މަސްއޫލިއްޔަތުގެ ޢާންމު ޤާޢިދާއަކ ގެއްލުމެއް މެދުވެރިކުރާ ކޮންމެ "ޚަޠައު" އަކީ ބަދަލުދޭންޖެހޭ "ޚަޠައު" އެއް ކަމާ ށ ލެޓިން ކޮޑިފިކޭޝަންތަކުގައ އޮންނަ ޢާންމު ޤާޢިދާކަމާއ އަދި އިސްލާމީ ޝަރީޢަތުގައި "ލ ޟަރާރާ ވަލާ ލިޟާރަ" "ވައްޟަރަރު ޔުޒާލު" "ޟަމާނުލް މުތްލަފާތި" ފަދަ ޝަރްޢީ އަޞްލުތަކުގެ މައްޗަށް ބިނާވެފައިވާ ޤާޢިދާ ކަމުގައިވާ، ގެއްލުން މެދުވެރިކުރ ފަރާތި ގެއްލުމާ ޟެ މިން ވާންޖެހޭނެކަމަށް އޮންނަ ޤާޢިދާކަމާއި، އިނގިރޭސި ޓޯރޓްސްގެ ޤާނޫނުތަކުގައި ތަފްޞީލުކޮށް ޓޯރޓްސްގެ އެޕްލިކޭޝަންތައް ބަޔާންކުރިކަމުގައި ވިޔަސް، އިނގިރޭސި ޓޯރޓްސްގެ ޙާލަތުތަކުގ މައްޗަށް ބަލާއިރު، ޓޯރޓްސްގެ ރުކުންތައް ކަނޑައެޅުމުގައި، ބުނެވިދިޔަ އެހެނިހެން ޤާނޫނީ ނިޒާމުތަކާއި އަސާސީ ތަފާތުތަކެއް ނުހުންނަކަނ އެނގެން އޮންނަކަމާއި އެގޮތުން، ތަޤްޞީރީ މަސްއޫލިއްޔަތުގެ އަސާސީ ރުކުންތަކަކީ،

1. ޝަރްޢިއްޔަތެއ ނެތް ޢަމަލު)ޚަޠައު/Fault(، 2. ގެއްލުން )ޟަރަރު /Damage(، 3. ކުރި "ޚަޠައު" ގެ ޢަމަލާއި ލިބުނު ގެއްލުމާ ދެމެދު ގުޅިފައިވާ ސަބަބީ ގުޅުން(Causal link) އާ ތިން ރުކުންކަމާއ މި ރުކުންތަކުގެ ތެރެއިން "ޚަޠައު" އަކީ ލިބުނު ގެއްލުމާ މަސްއޫލުވ ފަރާތުގާ ޝަރްޢިއްޔަތެއ ނެތް ޢަމަލުކަމަށް ވެފައި، ގެއްލުމާ މަސްއޫލުވ ފަރާތާ "ޚަޠައު" ގެ ޢަމަލެއް ކުރިކަމާއި "ޚަޠައު" ގެ އެ ޢި މަލުގެ ސަބަބުން ގެއްލުން ލިބުނުކަމާއި، ގެއްލުން ލިބުނީ ގެއްލުމާ މަސްއޫލުވ ފަރާތުގާ ޢަމަލުގެ ސަބަބުންކަމާއި، މި ތިން ރުކުން ސާބިތުވުމަކާ ނުލައި ތަޤްޞީރީ މަސްއޫލިއްޔަތެއްގެ ސަބަބުން ލިބުނު ގެއްލުމުގެ ދަޢުވާ ސާބިތުނުކުރެވޭ ކަމާއި، މި ތިން ރުކުން ސާބިތުވުމުން ބަދަލާ ލިބުމުގެ ޙައްޤު ފެށެނީ ގެއްލުން ލިބުނު ފަރާތަށް ގެއްލުން ލިބުނުކަން ސާބިތުވާ ވަޤުތުން ފެށިގެންކަމާއި، ބަދަލުގެ މިންވަރު އަގުކުރެވެނީ ނަގުދު ފައިސާއިން ކަމަށްވާނަމަ، ފުރަތަމަ އަގުކުރަންވާނީ ލިބިފައިވާ ސީދާ ގެއްލުމުގެ މިންވަރުކަމާއި ސީދާ ގެއްލުމުގައި ހިމެނެނީ ގެއްލުންވި ފަރާތަށް ލިބުނު ގެއްލުމާއި (Damnum emergens)، ގެއްލުނު ނަފްޢ ނުވަތު އާމްދަނީ )cessans (lucrum ކަން އެނގެން އޮންނަ އޮތުމެވެ ." މިފަދައިންނެވެ.

23ބޭސްފަރުވާކުރުމުގައި ވެފައިވާ އިހުމާލުއ ގުޅާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/05 އަޙްމަދު އިޙްސާން ވ. ދައުލަތް )މިނިސްޓްރީ އޮފް ހެލްތް( ޤަޟިއްޔާގައި ބޭސްފަރުވާކުރުމުގައި ފަރުވާ ބަހައްޓަންޖެހޭ މިންގަނޑަށް ފަރުވާނުބެހެއްޓުމުނ (medical negligence) އޫފުދޭ މަސްއޫލިއްޔަތަކީ ތިން ރުކުނެއްގެ މައްޗަށް ފުރިހަމަވުމުން އުފުލަންޖެހޭ މަސްއ ލިއްޔަތެއްކަމާއި، ފުރަތަމަ ރުކުނަކީ ޑޮކްޓަރެއްގ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ ފަރުވާދިނުމުގައި ކުރެވޭ ގޯސް ތަޞައްރުފު (malpractice) ކަމާއި، ދެވަނަ ރުކުނަކީ ބަލި މީހއަށ ގެއްލުން (damage) ލިބުން ކަމާއި، ތިންވަނަ ރުކުނަކީ ބަލިމީހާއަށް ލިބުނު ގެއްލުމާއި ޑޮކްޓަރުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ކުރެވޭ ގޯސް ތަޞައްރުފު ދެމެދާ ސަބަބު ގުޅުމެއް (causal relation) އޮތުން، ނުވަތަ ބަލިމީހާއަށ ލިބް ގެއްލުމަކީ ޑޮކްޓަރުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ކުރެވޭ ފަންނީ ކުށެއްގެ ނަތީޖާއެއްގެ ގޮތުން ލިބޭ ގެއްލުމަށްވުނ ކަން ފާހަގަކުރައްވައެވެ.

24HN3އިނގިރޭސިވިލާތުގެ ޓޯޓް ޤާނޫނުގެ ދާއިރާގެ ތެރެއިން ނިންމާފައިވާ މުހިންމު ނިންމުންތަކުގެ އަލީގައި، ޓޯޓްގެ ދަށުން އަންނަ އިހުމާލުތަކުގައި ބަލަންޖެހޭ މިންގަނޑާއި ފުރިހަމަވާންޖެހޭ އުންސުރުތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގު ނަންބަރ 2020/SC-A/71 ޙުސައިން ރަޝީދު ވ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް ޤަޟިއްޔާގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުޠަޞިމް ޢަދުނާން ބަޔާންކުރައްވައެވެ. މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2012/SC-A/10 )އިބްރާހީމާ ލަޠީފް ވ. އާމިނަތު ޝާހިދު( ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ )ބ( ގ )ހ( އިނގް ރޭސި ޓޯޓްގެ ޤާނޫނުގައި އެންމެ މުހިންމުކަމެއް ދީފައިވަނީ ތިމާގެ އަވަށްޓެރިންގެ ރައްކާތެރިކަން ކަށަވަރުކުރަންކަމަށާއި، މގޮތުނި Donoghue v Stevenson ޤަޟިއްޔާގައި އަވަށްޓެރިއާއަކީ އެ މީހަކު ކުރް ކަމެއްގެ ނުވަތަ ނުކެށް ދޫކޮށްލާ ކަމެއގިއަސަރު ފޯރަފާނެކަމަށް އެ މީހެއްގެ އަމިއްލަ ސިކުނޑިއަށް ވިސްނޭ ކޮންމެ މީހެއްކަމުގައި ލޯޑް އެޓްކިން ދީފައިވާ މާނަ ތަފްޞީލުކުރައްވާފައިވެއެވެ.ޓޯޓް ޤާނޫނުން މަތިކުރާ ޒިންމާއާ ޚިލާފުވެފައިވާކަމަށް ބެލެވޭނީ ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް އަދާކުރަންޖް ހ ޤާނޫނ ވާޖިބެއް (legal duty) އޮވެމެ، އެ ޤާނޫނީ ވާޖިބު އަދާކުރުމުގައި ސަމާލުކަން ދޭންޖެހޭ ފަރުވާބެހެއްޓުމުގެ ޒިންމާ (duty of care) ގެ މިންގަނޑާއި ޚިލާފުވުމުންނެވެ. އިނގިރޭސިވިލާތުގެ Caparo Industries PLC v Dickman ޤަޟިއްޔާގައި ދޭދޭ މީހެއްގެ ދެމެދު ފަރުވާބެހެއްޓުމުގެ ޒިންމާ (duty of care) އޮތްތޯ ބެލުމުގައި 3 )ތިނެއް( ކަމެއް އެކުލެވޭ ޓެސްޓެއް (Caparo test) ފުރިހަމަވޭތޯ ބަލައެވެ. އެއީ؛

1. ދަޢވާކުރު ފަރާތުގާ މައްޗަށް މަތިކޮށްފައިވާ ފަރުވާބެހެއްޓުމުގެ ޒިންމާއާ އޭނާ ޚިލާފުވެއްޖެނަމަ ދަޢުވާކުރާ ފަރާތަށް ގެއް ލުމެއ ލިބިދާނެކަން ތަޞައްވުރުކުރެވުނ ނުވަތް ގެއްލުމެއް ލިބިދާނެކަމުގެ އިޙްތިމާލު އޮތުން (foreseeability)؛

2. ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާ ދެމެދު އެކަށީގެންވާ ގާތް ގުޅުމެއް އޮތުން (proximity)؛ [1932] AC 562 “…you must take reasonable care to avoid acts or omissions which you can reasonably foresee would be likely to injure your neighbour. Who then in law is my neighbour? The answer seems to be – persons so closely and directly affected by my act that I ought reasonably to have in contemplation as being so affected when directing my mind to the acts or omissions which are called in question” ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/71 ޤަޟިއްޔާ [1990] UKHL 2 ޤާނޫނީ ޝަޙްޞުވެސ ހިމެން ގޮތަށް

3. މިފަދަ ޒިންމާއެއް އޮތް ކަމަށް ކަނޑައެޅުމުގައި އަދުލުވެރި ހަމައަށާއި، ސަބަބުވެރި މިންގަނޑަށް ރިޢާޔަތްކުރުން (is it fair, just and reasonable to impose a duty?)؛ މިއެވެ.

25މިހާރުގެ މައްސަލަތަކުގެ މިސްރާބަށް ބަލާއިރު، ފަރުވާބެހެއްޓުމުގެ ޒިންމާ (duty of care) އޮތްތޯ ބެލުމުގައި ވަކި މިންގަނޑެއް ނުވަތަ ވަކި ޓެސްޓެއް ގެންގުޅުމުގެ ބަދަލުގައި "އެޕްރޯޗް ބޭސްޑް" (approach based) އުޞޫލުގެ މަތިން، މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތައް ފަނޑިޔާރުގެ ކުރިމަތީގައި އޮތް މައްސަލައިގައި ތަޤުބީޤުކުރެވޭ މިންވަރަށީ ތަޠުބީޤކުރުމަކުމިހާރު ކޯޓުތަކުން ބޭނުންކުރަމުންދާ ހަމައެވެ. މިގޮތުން އިނގިރޭސިވިލާތުގެ ރޮބިންސަން ވ. ޗީފް ކޮންސްޓަބަލް އޮފް ވެސްޓް ޔޯކްޝަޔަރ ޕޮލިސް މައްސަލައިގައި ކަޕާރޯ ޓެސްޓް (Caparo Test) އަކީ އިހުމާލުގެ ކޮންމެ މައްސަލައެއްގައިވެސް ތަޠުބީޤުކުރެވޭ ޓެސްޓެއްކަމާއި، އަދި ފަރުވާބެހެއްޓުމުގެ ޒިންމާ care) of (duty އޮތްކަމަށް ކޯޓުން ކަނޑައެޅޭނީ، އެ މައްސަލައިގެ ވާޤިއާތަކަށް ބެލުމަށް ފަހު، ޢަދުލުވެރި ހަމައަށާއި، ސަބަބުވެރި މިންގަނޑަށް (fair, just and reasonable) ބެލުމަށް ފަހު ކަމަށް ދެކެމުން އ އ އައުމަކީ އޮޅުމެއްކަމާއި، އަދި މަތަ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާންޖެހޭ އުޞޫލަށް ރިޢާޔަތްކުރުމާއެކ އިހުމާލުގެ ޤާނޫނު ތަރައްޤީކުރަންޖެހޭ ކަމަށ ބަޔާންކުރެއެވެ.

26އިނގިރޭސިވިލާތުގެ ކޯޓުތަކުން ޓޯޓް ޤާނޫނު ތަރައްޤީކޮށް ތަޠުބީޤުކުރަމުން އަންނަ އިސްވެ ބަޔާންކުރަނިވި އުޞޫލުތަކަށް ޙަވާލާދެއްވައި، ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/71 ޤަޟިއްޔާގައި އުއްތަމަ ސުޕރީމ ކޯޓުގް ނަންބަރ 2020/SC-A/71 ޤަޟިއްޔާ [2018] UKSC 4 މި ނިންމުމަށް ފަހު، އިނގިރޭސިވިލާތުގެ ސުޕްރީމް ކޯޓުގެ ދެ ޤަޟިއްޔްއެއްގައ މި ނިންމުނި ތަކުރާރުކޮށްފައިވެއެވެ. އެއީ ސުޕްރީމް ކޯޓުގެ ޑާންލީ ވ. ކްރޯޑޮނ ހެލްތް ސަރވިސަސް އެންއެޗްއެސް ޓްރަސްޓާ Darnley v Croydon Health Services NHS Trust [2018] 3 WLR 1153 އާއި ޕޫލް ބޮރޯ ކައުންސިލް ވ. ޖީއެނ Poole Borough Council v GN [2019] UKSC 25 ގައެވެ. Robinson v Chief Constable of West Yorkshire Police ޤަޟިއްޔާގެ 21 ވަނަ ޕެރެގްރާފަށް ޙަވާލާދީ ސުޕްރީމް ކޯޓުގު ނަންބަރ 2020/SC-A/71 ޤަޟިއްޔާގެ 36 ވަނަ ނުކުތާގައި މިކަން ފާހަގަކޮށްފައިވޭ ޙުސައިން ރަޝީދު ވ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް ފަނޑިޔާރު އަޙްމަދު މުޢުޠަޞިމ ޢަދުނާން ފާހަގަކުރައްވަނީ "އަވަށު ޓެރިޔާއަށ ގެއްލުމެއް ނުވާގޮތަށް އެ މީހެއްގް ޢަމަލު ބެހެއްޓުމަކީ ކޮންމެ މީހެއްގެވެސ ޤާނޫން ވާޖިބު (legal duty) އެކެވެ. އަމިއްލަފަރުދަކު ކަމަށްވިޔަސް، ދައުލަތުގެ އިދާރާއެއް ކަމަށްވިޔަ ސ ނުވަތް ދައުލަތް ހިއްސާވާ ކުނުފުންޏެއް ކަމަށްވިޔަސް، ނުވަތަ އަމިއްލަ ކ ންފުންޏަކުން ކަމަށްވިޔަސް، އަވަށްޓެރިޔާ އަށް ގެއްލުމެއް ނުވާގޮތަށް އެ ފަރާތުގެ ޢަމަލުތައް ބެހެއްޓުމުގެ ޒިންމާ އޮންނާނެއެވެ. އެ ޒިންމާއާމެދު ފަރުވާތެރިވާން ޖެހޭ މިންވަރަށް ފަރުވާތެރި ނުވުމުގެ ސަބަބުން ގެއްލުމެއް ލިބިއްޖެނަމަ އެ ފަރާތަކުން އެކަމުގެ މަސްއޫލިއްޔަތު އުފުލަންވެސް ޖެހޭނެއެވެ." މިފަދައިން ބަޔާންކުރައްވާ، ގެއްލުމެއް ލިބިފައިވަނީ ވަކި ފަރާތަކުން ވި އިހުމާލެއްގެ ސަބަބުން ކަމަށް އެއްވެސް ފަރާތަކުން ބުނާނަމަ، އިހުމާލުވި ފަރާތި އެ ގެއްލުމަށް ޒިންމާކުރުވުމަށޓަކައ 4 )ހަތެއް( ކަމެއް ސާބި ތުކޮށްދޭންޖެހޭނެކަމުގައ ކަނޑައަޅުއްވާފައިވެއެވެ. އެއީ؛

1. އިހުމާލުވިކަމަށް ބުނާ ފަރާތުން ގެއްލުން ލިބުން ފަރާތުގު މައްޗަށް އަދާކުރަންޖެހޭ ޤާނޫނީ ޒިންމާއެއް އޮތްކަން (duty of care)؛

2. އިހުމާލުވި ފަރާތުން އެ ޤާނޫނީ ޒިންމާއާ ޚިލާފުވެފައި ވާކަން of care) (breach of duty؛

3. އިހުމާލުވި ފަރާތުން އެ ޤާނޫނީ ޒިންމާއާ ޚިލާފުވުމުގެ ސަބަބުން ގެއްލުމެއް ލިބިފައިވާކަން )(Damages؛ އަދި

4. އެ ގެއްލުމަކީ އިހުމާލުވި ފަރާތުން ޤާނޫނީ ޒިންމާއާ ޚިލާފަށް ކުރި ޢަމަލަކާ ގުޅިފައިވާ ގެއްލުމެއްކަން (causation) މިއެވެ. ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/71 ޤަޟިއްޔާގެ 40 ވަނަ ނުކުތާ ބޭންކްތަކުން އަދާކުރަންޖެހޭ ފަރުވާތެރިވުމުގެ ޒިންމާ

27HN4ބްންކާއި ބޭންކްގެ ޚިދުމަތް ހޯދާ ޚިދުމަތްތެރިން )ކަސްޓަމަރުން(ގެ ގުޅުމަކީ ކޮންޓްރެކްޓުން ގުޅިފައިވާ ގުޅުމެކެވެ. އެހެންކަމުން، މި ދެ ފަރާތް ދެމެދު މި އޮންނަ ކޮންޓްރެކްޓްގެ ދަށުން، ބުންކުނޭ ކަސްޓަމަރުންނަށް ޚިދުމަތްދިނމުގައި އެކަށީގެންވާ މިންވަރަށް ފަރުވާތެރިވުމާއި ހުށިޔާރުވުން މުހިންމުވެއެވެ. ކަރަކް ބްރަދާސް ކޮމްޕެނީ ލިމިޓެޑް ވ. ބާރޑަނ Karak Brothers Company Ltd v Burden މި ޤަޟިއްޔާގައި ބޭންކްއާ ކަސްޓޭ މި ރުންނާއ ދެމެދި އުފެދިފައިވާ ކޮންޓްރެކްޗުއަލް ޒިންމާއާ ގުޅޭ ގޮތުން ކޯޓުން އަންނަނިވ ކަންކަން ފާހަގަކޮށްފައިވެއެވެ. “… a bank has a duty under its contract with its customer to exercise “reasonable care and skill” in carrying out its part with regard to operations within its contract with its customer. The standard of that reasonable care and skill is an objective standard applicable to bankers. Whether or not it has been attained in any particular case has to be decided in the light of all the relevant facts, which can vary almost infinitely.”

28ބޭންކުން ބޭންކްގެ ކަސްޓަމަރުންނާއި މެދު އޮންނަ ފަރުވާބެހެއްޓުމުގެ ޒިންމާ (legal duty) ވަރަށްވެސް ފުޅަލެވެ. ބޭންކުގެ ޗެކާއާއެހެނިހެން ގޮތްގޮތުން ފައިސ ދޫކުރުމުގައި ކަސްޓަމަރުން މަކަރާއި ހީލަތުން ސަލާމަތްކޮށ ރައްކާތެރިކުރުމަށާއަޅަންޖެހޭ ފިޔަވަޅުތައް އެޅުމުއއެކ، ޚިދުމަތް ދިނުމުގައި ފަރުވާތެރިވެ ހުށިޔާރުވާންޖެހެއެވެ. އެހެނީ ބޭންކުން ޚިދުމަތް ފޯރުކޮށްދިނުމުގައި އިހުމާލުވެފައިވާކަމަށް ބެލެވިދާނެ ޢަމަލުތަކުން ނުވަތް އިހުމާލުވެފައިވާކަމުގެ އިޙުތިމާލު އުފެދުމާއި ދުރުވުމަށެވެ. ބޭންކުން ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގައި އިހުމާލެވަފައިވޭތޯ ބަލަންޖެހެނީ ކޮންމެ މައްސަލައެއްގެ ޙަޤީޤަތްތައް ވަޒަންކޮށް، ވަކި ވަކީންނެވެ. މިކަން ދެނެގަތުމުގައި ބަރޯސާވާންޖެހޭނީ ކަސްޓަމަރ ކަށް ގެއްލުންވެފައިވަނީ ބޭންކްގެ ސީދާ ޢަމަލެއްގެ ސަބަބުންތ ނުވަތަ ބޭންކުން ކުރަންޖެހޭ ކަމެއް ނުކޮށް ދޫކޮށްލުމުންތޯ، ނުވަތަ ބޭންކުގެ ޢަމަލެއް ނުވަތަ ނުކޮށް ދޫކޮށްލިކަމެއްގެ ސަބަބުން ކަސްޓަމަރަށް ގެއްލުމެއް ލިބޭނެކަން ބޭންކަށް ތަސައްވަރުކުރެވިފައިވާ ކަންކމުގ މައްޗަށެވެ.

29މަކަރާއި ހޔާނާތި ހިމެނޭ ފައިސާގެ މުޢާމަލާތްތަކުން އުފެދޭ ބޭންކުގެ ފަރުވާބެހެއްޓުމުގެ ޒިންމާ duty) (legal އެ ގުޅާ ގޮތުންބާރކްލޭސ ބޭންކް ޕލސ ވ. ކްއިންސްކެއަރ ލިމިޓޑެ Ltd Quincecare v plc Bank Barclays ޤަޟިއްޔާގައި )duty Quincecareގެ ގޮތުގައި އާންމުވެފައިވާ( އުޞޫލުތަކެއް ކަނޑައަޅާފައިވެއެވެ.

1. The relationship of customer and benakar is primarily that of debtor and creditor. However, in addition the banker acts as the customer’s agent in drawing and paying the customer’s cheques against the customer’s money in the banker’s hands.

2. The same relationship applies where the banker acts on the customer’s order to make a payment by immediate money transfer.

3. 3. An agent owes its principal a duty to exercise reasonable care and skill in carrying out the principal’s instructions.

4. The same rule applies to a banker making a bank payment on its customer’s instructions.

5. Accordingly, the banker owes the customer a duty of care in tort to take reasonable care when making such a payment; and a like duty will be impled into the contract between the banker and the customer.

30އެހެންކަމުން، އާންމު ޓޯޓްގެ ޤާނޫނާއި އެއްގޮތަށް ބޭންކުން ބޭންކުގެ ކަސްޓަމަރުންގެ މައްޗަށް ފަރުވާބެހެއްޓުމުގ ޒިންމާ (duty of care) އެއް އުފެދި، ބޭންކުން ބޭންކުގެ ކަސްޓަމަރުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ސަބަބުވެރި މިންގަނޑަށް ފަރުވާތެރިކަމާއި ހުށިޔާރުކަން ބަހައްޓަންޖެހެއެވެ. އަދި ބޭންކު މެދުވެރިކޮށް މުޢާމަލާތް ހިންގުމަށް އަންގާ އެންގުމަކީ )ނުވަތަ ހުށަހަޅަ ހުށަހެޅުމަކީ( އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް )ސާބިތުހިފޭ ހެކް ންތްކަމުގައިވީނަމަވެސް( ކުންފުނީގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމަށް ހިންގޭ މުޢަމަލާތެއްކަމަށ ސަބަބުވެރި ވިސްނުމަކުން ބޭންކުގެ މުވައާ ޒަފަށް ޤަބޫލުކުރެވޭނަމަ، އެ މުޢް މަލަ ތ ހިންގުން ހުއްޓުމަކަށް ގެންނިންވާނެކަމް ގައި ބާރކްލޭސ ބޭންކް ޕލސ ވ. ކްއިންސްކެއަރ ލމިޓެޑި ޤަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ.

31HN5ދިވެހިރާއްޖޭގެ ބޭންކުތަކުން ކަންތައްތައް އިންތިޒާމުކުރުމާއި، ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި ބޭންކުތައް ހިންގުމަށްޓަކައި ޢަމަލުކުރަންޖެހޭ އުޞޫލުތައް ބަޔާންކުރަން ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު އެވެ.މ ޤާނޫނެ ގައި ބޭންކުތައް ހިންގަންވާނީ ހަރުދަނާކޮށް އަދި ބޭންކިންގއާބެހޭ ޤާނޫނާއި، ބޭންކުގެ ލައިސަންސްގެ ޝަރުޠުތަކާއި، އެމް.އެމް.އޭ އިން ކަނޑައަޅާފައިވާ ގަވާއިދުތަކާއި، އިރުޝާދުތަކާއި، ނިންމުންތަކާއި، އެންގުންތަކާ ޤާނޫނު ނަންބަރު: 2010/24 އެއްގޮތްވާގޮތުގެ މަތިންކަމަށާއި ލިބިދާނާގއްލުންތަކަށް ޕްރެ ވިޝަން ހަދަންވާނެކަމުގައި ބަޔާންކުރެއެވެ. ކޮންމެ ބޭންކެއްގ ޑިރެކްޓަރުންގެ ބޯޑުން އެކަށީގެންވާ ރިސްކް މެނޭޖްމަންޓް ޕޮލިސީތައް އެކުލަވާލައި، އެ އުޞޫލުތަކަށް ޢަމަލުކުރަންވާނެކަމަށާއަ ބޭންކަކުން ކުރެވޭ ބޭންކިންގ މުޢާމަލާތުގައި ހިމެނޭ އެއްވާ ސ ފައިސާއަކީ، ނުވަތެ ބޭންކަކުން ބަލައިގަންނަ ނުވަތަ ދޫކުރާ އެއްވެސް ފައިސާއަކީ މަނާކުރެވިފައިވާ ޙަރަކާތަކ ނުވަތް ކުށަކާ ގުޅުންހުރި ފައިސާއެއްކަމަށ ބޭންކް ނުވަތް ބޭންކުގެ އެޑްމިނިސްޓްރޭޓަރެއ ނުވަތް އޮފިސަރަކަށް ޝައްކުކުރެވޭނަމަ، ވަގުތުން އެކަން އެމް.އެމް.އޭއަށް އަންގަންވާނެކަން ބަޔާންކުރެއެވެ.

32މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގައި ބޭންކްތަކުން ޢަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދު ގައި ބޭންކްތަކުން ކަސްޓަމަރުންނާމެދު އަޅަންޖެހޭ ފަރުވާތެރިވުމުގެ ފިޔަވަޅުތައް ބަޔާންކުރެއެވެ. މިގޮތުން މި ގަވާއިދުގައިވާ ގޮތުގެ މަތިން ކޮންމެ ބޭންކަކުންވެސް އަންނަނިވި ޙާލަތުގައި ފަރުވާތެރިވުމުގެ ފިޔަވަޅުތައް އަޅަންވާނެއެވެ.

1. މުދަލާއި ޚިދުމަތް ލިބިގަންނަ ފަރާތާމެދު ވިޔަފާރީގެ ގުޅުން ގާއިމުކުރާއިރަ ؛

2. އެއް މުޢަމަލާތެއްގ ގޮތުގައެ ނުވަތަ ގުޅިފައިވާ މުޢަމަލާތެއްގ ގޮތުގައެ ކަމަށި ވީނަމަވެސް 50,000/- )ފަންސާސް ހާސް( ރުފިޔާ އާ އެއްވަރު ނުވަތަ އެއަށް ވުރެ މަތީ އަދަދެއް ހިމެނޭ ސިންގަލ ޓްރާންސެކްޝަނެއް ކުރާއިރު؛

3. ރާއްޖެއިން ބޭރަށް ނުވަތަ ދިވެހިރާއްޖޭގައި ފައިސާ ޓްރާންސްފަރ ކުރާއިރު؛ ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު )ޤާނޫނު ނަންބަރު: 2010/24(ގެ 24 ވަނަ މާއްދާގެ )ހ( ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު )ޤާނޫނު ނަންބަރު: 2010/24(ގެ 27 ވަނަ މާއްދާގެ )ހ( ޤާނޫނު ނަންބަރު 2015/3 )ޤާނޫނު ނަންބަރ 2010/24 )ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު( އަށް 1 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނުގެ 33 ވަނަ މާއްދާ. ގަވާއިދު ނަންބަރު: 8-2015/R ގެ ދެވަނަ ބާބުގައި ގަވާއިދު ނަންބަރު: 8-2015/Rގެ 7 ވަނަ މާއްދާ ގަވާއިދު ނަންބަރު: 8-2015/Rގެ 28 ވަނަ މާއްދާގައި "ސިންގަލް ޓްރާންސެކްޝަން" މާނަކޮށްފައިވަނީ ވިޔަފާރީ ގުޅުމެއްގެ ބޭރުން ކުރާ މުޢަމަލާތަށް

4. މަން ލޯންޑަރިންގ ނުވަތަ ޓެރަރިޒަމް ފައިނޭންސްގެ ހަރަކާތެއް ހިންގައިފާނެކަމަށ ޝައްކުކުރެވުން؛

5. މުދަލާއި ޚިދުމަތް ލިބިގަންނަ ފަރާތާ ބޭހޭ ގޮތުން ކުރިން ހޯދާފައިވާ މަޢުލޫމާތު ފުރިހަމަނުވާކަމަށް ޝައްކުކުރެވުނ ނުވަތް އެފަދަ މަޢުލޫމާތުގެ ޞައްޙަކަމާމެދު ޝައްކު އުފެދުމެވެ.

33އިސްވެ ބަޔާންކުރަނިވި ޙާލަތްތަކުގައި ކޮންމެ ބޭންކަކުންވެސް، މުދަލާއި ޚިދުމަތް ލިބިގަންނަ ފަރާތް ދެނެގަނެ އަދި އެއީ ކޮން ފަރާތެއްކަން ޔަޤީންކުރަންވާނެކަމަށާއި، މުދަލާއި ޚިދުމަތް ލިބިގަންނަ ފަރާތުގެ ބެނިފިޝަލ އޯނަރި ދެނެގަނެ، އަދި އެއީ ކޮން ފ ރާތެއްކަނަ އިތުބާރުކުރެވޭ، މިނިވަން މަސްދަރުތަކުގެ އަލީގައި ޔަޤީންކުރަންވާނެކަމަށް މި ގަވާއިދުގެ 8 ވަނަ މާއްދާގެ )ހ( ގައި ބަޔާންކުރެއެވެ.ބޭންކަކުން، ވަޔަރ ޓްރާންސްފަރ )ބެނިފިޝަރީއަށް ފައިސާ ލިބޭގޮތް ހެދުމަށްޓަކައި ބެނިފިޝަރީ އިދާރާއަށް ލިބޭނެ ގޮތް ހެދުމަށް، އިލެކްޓްރޯނިކް ނިޒާމެއް މެދުވެރިކޮށް، އޮރިޖިނޭޓަރގެ ފަރާތުން ކުރާ މުޢަމާލާތް ( އޮރިޖިނޭޓަރެއްގެ )ފައިސާ ފޮނުވާ ފަރާތުގެ ( އެންގުމުގެ މަތިން ވަޔަރ ޓްރާންސްފަރ މެދުވެރިކޮށް ފައިސާ ފޮނުވާއިރު ވަޔަރ ޓްރާންސްފަރ އޮރިޖިނޭޓަރ ދެނެގަނެ އަދި އެއީ ކޮން ފަރާތެއްކަން ޔަޤީންކުރުމާއި، އޮރިޖިނޭޓަރއާއ ބެނިފިޝަރީއާއި ބެނިފިޝަރީ އިދާރާގެ ތަފްސީލު އަދި ވަޔަރ ޓްރާންސްފަރ ކުރެވޭ ތާރީޚާއި، އަދަދާއި ފައިސާގެ ބާވަތް، މި މަޢުލޫމާތަ ހިމަނައި ވަޔަރ ޓްރާންސްފަރ އާ ގުޅޭ ގޮތުން އެކަށީގެންވާ މަޢުލޫމާތު ހޯދައި ރިކޯޑުކުރުމާއި، އޮރިޖިނޭޓަރގެ ނަމާއި އެޑްރެހާއި، އޮރިޖިނޭޓަރގެ ކާކުކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ މަނީލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 77 ވަން މާއްދާގަ )ހ( ގައި "ބެނެފިޝަލް އޯނަރެ"އަކީ މުދަލާއި ޚިދުމަތް ލިބިގަންނަ ފަރާތެއް ކޮންޓްރޯލްކުރާ ފަރުދެއް، ނުވަތަ އެއްވެސް ފަރާތެއްގެ ނަމުގައި އެހެން ފަރާތަކުން މުޢަމަލާތެއް ހިންގާނަމަ އުމުޢަމަލާތް ހިންގާ ފަރާތެއް، ނުވަތަ ޤާނޫނީ ޝަޚްޞެއްގ ނުވަތެ ހަމަޖެހިފައިވާ އެރޭންޖްމަންޓެއްގެ މައްޗަށް ބާރު ހިންގޭ ފަރާތެކެވެ. ގަވާއިދު ނަންބަރު 8-2015/R ގެ 28 ވަނަ މާއްދާގައި "ބެނިފިޝަރީ އިދާރާ" މާނަކޮށްފައިވަނީ ބެނިފިޝަރީގެ އެކައުންޓަށް ފައިސާ ލިބޭ ބޭންކްއަށެވެ. މުގެ ތެރޭގައި ވަޔަރ ޓްރާންސްފަރ ބެނިފިޝަރީވެސް ހިމެނެއެވެ. ޕާސްޕޯޓު ނަންބަރު ނުވަތަ ވޯކް ޕަރމިޓް ނަންބަރު، އަދި އޮރިޖިނޭޓަރގެ އެކައުންޓް ނަންބަރު ނުވަތަ އެ މަޢުލޫމާތަކަށް ދީފައިވާ ޚާއްޞަ ނަންބަރު ޓްރާންސްފަރ މެސެޖުގައި ނުވަތަ ޓްރާންސްފަރއ ގުޅާ ފައިސާ ދެއްކުމަށް އަންގާ އެންގުމުގައި ހިމަނަންވާނެއެވެ.

34މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގައި ބޭންކްތަކު ން ޢަމަލުކުރަންޖެހޭ ގޮތުގު ގަވާއިދިން ބޭންކުތަކުގައ ކުރެވި މުޢާމަލާތްތަކުގައި ފަރުވާތެރިވުމުގެ ގޮތުން ބޭންކުތަކުގެ މައްޗަށް ލާޒިމުކުރާ އިތުރު ކަންކަން ހިމެނެއެވެ. މީގެ ތެރޭގައި، ކޮންމެ ބޭންކަކުންވެސް މުދަލާއި ޚިދުމަތް ލިބިގަންނަ ފަރާތާއި ބެނެފިޝަލ އޯނަރއަކީ ކޮން ފަރާތެއްކަން، އިތުބާރުކުރެވޭ މަސްދަރުތަކުގެ އަލީގައި ޔަޤީންކރުމާއި،ބޭންކަށް ހާޒިރުނުވެ ގާއިމުކުރެވޭ ވިޔަފާރީގެ ގުޅުމާއި ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތަކުގެ ސަބަބުން މަނީ ލްންޑަރިންގ އަދި ޓެރަރިޒަމް ފައިނޭނި ސްކުރުމަށ އޮންން ރިސްކުތަކަށް ފިޔަވަޅު އެޅުމަށްޓަކައި އެކަށީގެންވާ ޕޮލިސީތަކާއ އުސޫލުތައް ބޭންކުތަކުން ގާއިމުކުރުމާއ އަދި ވިޔަފާރީގެ ގުޅުންތަކާއ އަދި މުޢަމާލަތްތަކުގެ ތެރެއިން، މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމް ފައިނޭންސްކުރުމުގެ ރިސްކުބޮޑ ކަމަށު ބެލެވޭ ވިޔަފާރީގެ ގުޅުންތަކާއ އަދި މ ޢ މަލާތްތައް ހިންގުމުގައި، ފަރުވާތެރިކަމުގެ އިތުރު ފިޔަވަޅުތައް އަޅަންވާނެކަނ ބަޔާންކުރެއެވެ.

35މިގޮތުން ބޭންކަށް ހާޒިރުނުވެ ޤާއިމުކުރެވޭ ވިޔަފާރީގެ ގުޅުމާއި ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތަކަކީ ރިސްކު ބޮޑު ކަމަށް ބެލެވޭ މުޢަމަލާތެއްކަމުގައ މި ގަވާއިދުގައި ކަނޑައަޅާފައިވެއެވެ. އަދި ރިސްކު ބޮޑު ކަމަށް ބެލެވޭ ޙާލަތްތަކުގައި ފަރުވާތެރިވުމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި މުދަލާއި ޚިދުމަތް ލިބިގަންނަ ފަރާތާއި އަދި ބެނެފިޝަލް އޯނަރާބެހޭ އިތުރު މަޢުލޫމާތު ހޯދައި މިފަދަ މަޢުލޫމާތުތައް އަޕްޑޭޓކުރަންވާނެކަނ ގަވާއިދު ނަންބަރު 8-2015/R ގެ 8 ވަނަ މާއްދާގެ )ރ( ގަވާއިދު ނަންބަރު 8-2015/R ގަވާއިދު ނަންބަރު 8-2015/R ގެ 13 ވަނަ މާއްދާގެ )ހ( ގަވާއިދު ނަންބަރު 8-2015/R ގެ 13 ވަނަ މާއްދާގެ )ށ(ގެ )3( ވަނަ ނަންބަރު ބަޔާންކުރެއެވެ. އާންމުކޮށް ކުރެވޭ މުޢާމަލާތުތަކާ ތަފާތު މުޢާމަލާތުތަކާއި، އާދަޔާ ޚިލާފު ބޮޑެތި އަދަދުތައާ ހިމެނު މުޢާމަލާތްތަކާއި، އަދި އާދަޔާ ޚިލާފު ގޮތެއްގައި ކުރެވޭ މ ޢް މަލާތުތަކަކީ އޭގައި އިޤްތިޞާދީ ބޭނުމެއް ނެތި ނުވަތަ ޤާނޫނީ ގޮތުނަހުއްދަކުރާ ބޭނުމެއްނެތ ކުރެވި މުޢާމަލާތުތަކެއ ކަމަށް ފެންނަނަމަ، އެފަދަ މުޢަމަލާތްތައް ކުރުމުގައި ބޭންކުން ޚާއްޞަ ސަމާލުކަން ދޭންވާނެކަމުގައ މި ގަވާއިދުގައި ބަޔާންކުރެއެވެ. މި މައްސަލައިގެ މައްޗަށް ޤާނޫނާއި މަތީ މަރުހަލާގެ ކޯޓުން ނިންމަވާފައިވާ އުޞޫލުތައް ތަޠުބީޤުކުރުނު

36ހްށަހެޅިފައިމިވ މައްސަލައަކާ ޓޯޓް ލޯގެ ތެރޭގައި ހިމެނޭ އިހުމާލުގެ ޢަމަލަކާ ގުޅޭ މައްސަލައެއްކަމުގައި އެޓޯލް ލޮޖިސްޓިކްސޭ ގެ ފަރާތުން ބުނެއެވެ. މިފަދަ މައްސަލަތަކުގައި ކޯޓނ ގޮތެއް ކަނޑައެޅުމުގައި ބަލަންޖެހޭ އިންތަކާއި މިންތައް ކަނޑައި ޅާފައިވަނ މަތީ މަރުހަލާގެ ކޯޓުން ނިންމަވާފައިވާ ނިންމުންތަކުގައެވެ. މަތގައ 20 ވަނަ ނުކުތާއިން ފެށިގެން 26 ވަނަ ނުކުތާގެ ނިޔަލަށް ފާހަގަކޮށްފައިވާ ދިވެހިރާއްޖޭގެ ސަޕްރީމ ކޯޓުގް ނިންމުންތްކަށް ބަލާއިރު، ބޭންކް އޮފް ސިލޯނުން، އެޓޯލް ލޮޖިސްޓިކްސް އަށް ލިބިފައިވާކަމަށް ބުނާ ގެއްލުމަށް ޒިންމާކުރުވުމަށްޓަކައި ބޭންކް އޮފް ސިލޯނުން،އެޓޯލޭލޮޖިސްޓިކްސގެ މައްޗަށް އަދާކުރަންޖެހޭ ޤާނޫނީ ޒިންމާއެއް care) of (duty އޮތްކަމާއި، އެ ޒިންމާއާ ބޭންކް އޮފް ސިލޯނުން ޚިލާފުވެފައިވާކަމާއި e)(breach of duty of car، ބޭންކް އޮފް ސިލޯނުން ޤާނޫނީ ޒިންމާއާ ޚިލާފުވުމުގެ ސަބަބުން ގެއްލުން ލިބިފައިވާކަމާއި (damages) އަދި އެ ގެއްލުމަކީ ބޭންކް އޮފް ސިލޯނުން ޤާނޫނީ ޒިންމާއާ ޚިލާފަށް ކުރި ޢަމަލަކާ ގުޅިފައިވާ ގެއްލުމެއްކަން (causation) ސާބިތުވާންވާނެއެވެ. ގަވާއިދު ނަންބަރު 8-2015/R ގެ 13 ވަނަ މާއްދާގެ )ނ( ގަވާއިދު ނަންބަރު 8-2015/R ގެ 15 ވަނަ މާއްދާގެ

37ބޭންކް އޮފް ސިލޯނުން އެޓޯލްލޮޖިސްޓިކްސޭގެ މައްޗަށް އަދާކުރަންޖހ ޤާނޫނީ ޒިންމާއެއް އޮތްތޯ ބަލާއިރު، އެ ޒިންމާ އޮތްކަމާމެދު އެއްވެސް ސުވާލެއް ނުވަތަ ދެބަސްވުމެއްނެތެވެ.ބެންކާއި ބޭންކްގެ ޚިދުމަތް ހޯދާ ޚިދުމަތްތެރިން )ކަސްޓަމަރުން(ގެ ގުޅުމަކީ ކޮންޓްރެކްޓުން ގުޅިފައިވާ ގުޅުމެއްކަމާއި، ބޭންކުގެ ކަސްޓަމަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށް، ބޭންކުގައި ހިންގާ މާޢް މަލާތްތަކުގައި ފަރުވް ތެރިވުމުގެ ޒިންމާ ބޭންކްގެ މައްޗަށ އޮންނާނެއެވެ. ބޭންކާއި ކަސްޓަމަރުންނާ ދޭތެރޭ އޮންނަ ގުޅުމާއި، ބޭންކުން ފަރުވާތެރިވުމުގެ ޒިންމާ އުފެދޭ ގޮތް 27 ވަނަ ނުކުތާއިން ފެށިގެން 35 ވަނަނުކުތގެ ނިޔަލަށް ތަފްޞީލުކޮށްފައިވާނެއެވެ. މީގެ އިތުރުނެ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގައި ބޭންކްތަކުން ޢަމަލުކުރަންޖެހޭ ގޮތުގެ ގަވާއދުގައ ރާއްޖެއިން ބޭރަށް ނުވަތް ރާއްޖޭގައި ފައިސާ ޓްރާންސްފަރކުރާއިރު ބޭންކްތަކުން ކަސްޓަމަރުންނާމެދު ފަރުވާތެރިވުމުގެ ފިޔަވަޅުތައް އަޅަންޖެހޭނެކަމުގައި ބަޔާންކުރެއެވެ. އެހެންކަމުން، ބޭންކ އފޮ ސިލޯނުން އެޓޯލް ލޮޖިސްޓިކްސްގ މައްޗަށް އަދާކުރަންޖެހޭ ޤާނޫނީ ޒިންމއެއ އޮތްކަން ސާބިތުވެއެވެ.

38ދެން ބަލަން މި ޖެހެނީ ބޭންކް އޮފް ސިލޯނުން އަދާކުރަންޖެހޭ ފަރުވާބެހެއްޓުމުގެ ޒިންމާއާ ޚިލާފުވެފައިވޭތޯއެވެ. އެޓޯލްސީ ލޮޖިސްޓިކްސި ގެ ފަރާތުން ބުނެފައިވަން މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގައެ ބޭންކުތަކުން ޢަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދު ގެ 7 ވަން މާއްދާގަ )ނ(ގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރަށް ފައިސް ޓްރާނި ސ ފަރކުރާއިރު ފަރުވާތެރިކަމުގެ ފިޔަވަޅުތައް ބޭންކުން އަޅަންވާނެކަމަށާއި، މ ގަވާއިދުގެ 8 ވަނަ މާއްދާގެ )ހ( ގެ )1( ވަނަ ނަންބަރުގެ ދަށުން މުދަލާއި ޚިދުމަތް ލިބިގަންނަ ފަރާތް ދެނެގަނެ އަދި އެއީ ކޮން ފަރާތެއްކަން ޔަޤީންކުރަންވާނެކަމަށާއި، މި ގަވާއިދުގެ 8 ވަނަ މާއްދާގެ )ށ(ގެ )2( ވަނަ ނަންބަރުގެ ދަށުން މުދަލާއި ޚިދުމަތް ލިބިގަންނަ ފަރާތް ތަމްސަ ލުކުރާ ޙާލަތުގައި ޢައްޔަންކޮށްފައިވާ ފަރާތަކީ ޙަޤީޤަތުގައިވެސް އެ ފަރާތް ތަމްސީލުކުރުމުގެ ހުއްދަ އޮތް މީހެއްތޯ ލިޔުމުން ޔަޤީންކޮށް، ބެނެފިޝަރީއާއ ގުޅި މަޢުލޫމާތު ރިކޯޑުކުރަންވާނެކަމަށާއި، މި ގަވާއިދުގެ 12 ވާ ނ މާއްދާގަ ދަށުން ބޭންކަށް ހާޒިރާ ނުވެ ކުރި ވިޔަފާރީގެ މުޢީމަލާތްތަކުގައި އެކުށޫގެންވާ އާޞެ ލުތައް ޤއިމުކުރަންވާނެކަމަށާއި، އަދި މި ގަވާއިދުގެ 13 ވަނަ މާއްދާގައި ރިސްކް ބޮޑު މޢު މަލާތްތަކުގެ ތެރޭގައި ބޭންކަށް ހާޒިރުނުވެ ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް ހިމެނޭއިރު މިފަދަ މުޢާމަލާތްތަކުގައި ފަރުވާތެރިވުމުގެ އިތުރު ފިޔަވަޅުތައްވެސ ބޭންކުން އަޅަންޖެހޭނެކަމި ގައި ބަޔާންކުރާކަމަށެވެ. މި މުޢަމަލާތަކީ ބޭންކް އޮފް ސިލޯނުން އިތުރަށް ފަރުވާތެރިވުމުގެ ގޮތުން ބަޔާންކުރަނިވ މާއްދާތަކުގައިވާ ގ ތަށް ޢަމަލުކުރަންޖެހޭ ފަދަ މުޢމަލާތަކަށްވާއިރު، ސަޕޯޓިންގ ޑޮކިއުމަންޓްގައި ހުރި ދޯދިޔާކަމާއި، އެޓޯލުލޮޖިސްޓިކްސް ތަމްސީލުކާ ރުމަށް ޙެ ޟިރުވި މީހާއަކީ ކާކުކަމާއި، މުޢޭ މަލާތުގެ މައި ލިޔުމުގެ ޞައްޙަކަމާއި، ވަޔަރ ޓްރާންސްފަރ ގައި ހިމެނޭ ބެނިފިޝަރީއަކީ ކާކުކަމާއި އޭނާއަށް ފައިސާ ލިބެންޖެހޭ އުޞޫލު ދެނެގަތުމުގައި ބޭންކް އޮފް ސިލނުނ ސަމާލުކަން ދީފައިނުވާކަމަށެވެ.

39ބޭންކް އޮފް ސިލޯނުގެ ފަރާތުން ބުނެފައިވަނީ މިފަދަ މުޢާމަލާތްތަކުގައި ހުށަހަޅާ ފޯމަކީ ޞައްޙަ ފޯމެއްތ ކަނޑައަޅާ ގޮތަކީ، އެ ފޯމުގައިވާ ސޮއި ވެރިފައިކުރުންކަމަށާއި، ސޮއިގައި މައްސަލައެއް އުޅޭކަމަށް ޓެލަރއަށ ޤަބޫލުކުރެވޭނަމަ، ދިން ސޮއި ވެރިފައިކުރާނީ ކަރަންޓުއެކައުންޓް އޮފިސަރ ކަމަށާއި، މި މައްސަލައިގައި ހިމެނޭ ފޯމުވެސް ބޭންކް އޮފް ސިލޯނުގ 4 މީހުން ޗެކްކޮށް ވެރިފައިކޮށްފައިވާނެކަމަށާއި، ސޮއި ވެރިފައިކޮށްފައިވަނީ ސިސްޓަމްގައިވާ ސޮއި ލޮލީ ން ބެލުމަށްފަހުކަމަށާއި، މި މުޢޮމަލާތުގައި ބޭންކް އޮފް ސިލޯނުން ޢަމަލުކޮށްފައިވަނ އާންނަ އުޞޫލުންކަމަށ ބޭންކް އޮފް ސިލޯނުގެ ފަރާތުން ބުނެފައިވީ އެވެ. މީގެ އިތުރުން މި މުޢީ މަލާތަކި މަނީ ލޯންޑްރިންގ އަދ ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގައި ބޭންކްތަކުން ޢަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދު ގެ 15 ވަނަ މާއްދާގައި ބަޔާންކުރާ ސަސްޕިޝަސް މޢަމަލާތެއްނޫންކަމަށެވެ. ސިވިލް ކޯޓަށް އެޓޯލް ލޮޖިސްޓިކްސްގެ ފަރާތުން 24 ސެޕްޓެމްބަރު 2019 ގައި ދީފައިވާ ބަޔާން. ސިވިލް ކޯޓަށް ބޭންކް އޮފް ސިލޯނުގެ ފަރާތުން 24 ސެޕްޓެމްބަރު 2019 ގައި ދީފައިވާ ބަޔާން

40ސްވިފްޓް ފަންޑް ޓްރާންސްފަރްކުރި އެޕްލިކޭޝަން ފޯމުގައިވާ ސޮޔަކީ ފޯޖުކޮށްފައިވާ ސޮޔެއާ ކަން، މ މުޢާމަލް ތެއ ގުޅިގެނި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކޮށްފައިވް ތަހުޤީޤުގައި ހަދާފައިވާ ހޭންޑް ރައިޓީންގ އެނޭލިސްއިން އެނގެއެވެ.ބޭ ންކ އޮފް ސިލޯންގެ ފަރާތުން ހާޒާ ރުކޮށްފައިވާ ހެކިންގެ ތެރެއިން ބޭންކް އޮފް ސިލޯންގެ ޓްރޭޑް ފައިނޭންސް ޑިޕާރޓްމަންޓްގައ ވަޒީފާއަދާކުރި ސ.ހިތަދޫ ރޯޒަރީވިލި އިބްރާހީމް ޝިހާބު ދީފައިވާ ބަޔާނުގައީމ ވާހަކަދެކެވި ސްވިޕޓް ފަންޑް ޓްރާންސްފަރ ކޮށްފައިވަނީ ބޭންކްއޮފް ސިލޯނުން މިފަދަ މުޢެ މަލާތްތައް ޕްރޮސެސްކުރުމުގައ ޢަމަލުކުރި އިޖުރާއަތާއި އެއްގޮތަށްކަމަށާއި، މިފަދަ މުޢާމަލާތްތަކުގައ ބޭންކް އޮފް ސިލޯނުން ބަލާނީ ފޯމުގައިވާ ސޮއި ވެރިފައިކުރުމަށްކަމަށާއި، ސޮއި ވެރިފައިވެ، ފޯމު ފުރިހަމަވާ އެކައުންޓްގައ ފައިސި ހުރިނަމަ، ފޯމާޕްރޮސެސްކުރާނެކަމަށާއި، މި މުޢާމަލާތަކީ ހައި ރިސްކް މުޢާ މަލާތެއްގ ގޮތުގައި ބެލެވޭ މުޢމަލާތެއްނޫންކަމުގައި ބުނެފައިވެއެވެ.

41ބޭންކް އޮފް ސިލޯންގެ ޓީޓީ ޑިޕާރޓްމަންޓްގައި މަސައްކަތްކުރާ […] ޝަހާމާ ބުނެފައިވަނީ އެ ފޯމު ހުށަހެޅިއްރު އެތަނުގައި ނެތްކަމަށާއި، އެއީ އެޓޯލް ލޮޖިސްޓިކްސް ފަރާތުން އަންނަ މީހެއްކަމަށާއި، މިކަން އެނގެނީ އޭގެ 2 )ދޭއް( ދުވަސް ފަހުން ވީޑިއޯ ފުޓޭޖް ބެލުމުންކަމަށާއި، އެމީހަކާ ހުރު ތޮފި އަޅައިގެންކަމަށއި، ފުޓޭޖްގެ އެއްވެސް ހިސާބަކުން އެ މީހާ ކެމެރާއަށް ބަލާފައނުވާކަމުގައި ބުނެފައިވެއެވެ.

42މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގައި ބޭންކްތަކުން ޢަމަލުކުރަންޖެހޭ ގޮތުގެ ގަވާއދި ގެއަލީގައި، މި މުޢާމަލާތުގެ މައްޗަށް ބަލާއިރު، މ މުޢާމަލާތަކާ ފައިސާ ޓްރާންސްފަރގެ މުޢޭ މަލާތެއްކަމުން، މިއި ބޭންކުން ފަރުވާތެރިވުމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ޓްރާންސްފަރގެ އޮރިޖިނަޓަރއާއ ބެނިފިޝަރީއާއި ބެނިފިޝރީގާއިދާރާ ދެނެގަނެ، މި މުޢާމަލާތއާ ގުޅި އެކަށީގެންވާ މަޢުލޫމާތު ހޯދަންޖެހޭ ސިވިލް ކޯޓުގެ ނަންބަރު 3115/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތްނިމުނު ގޮތުގެ ރިޕޯޓުގެ 03 ވަނަ ނުކުތާގެ )އ( ސިވިލް ކޯޓަށް 24 ސެޕްޓެމްބަރު 2019 ގައި ދީފައިވާ ބަޔާން ބާވަތުގެ މުޢާމަލާތެއްކަމާއި،މި މުޢާމަލާތް ހިންގުމަށްޓަކައި މީހަކު ތަމްސީލުކޮށްފައިވާތީ، އެ މީހަކީ އެ މުޢާމަލާތު ހިންގުމުގެ ހުއްދަ އޮތް މީހެއްތޯ ލިޔުމުން ކަށަވަރުކުރަންޖެހޭނެކަމި އ، މިއީ ރިސްކު ބޮޑު މުޢަމަލާތެއްނޫންކަމުގައ ބޭންކް އޮފް ސިލޯނުން ބުނިނަމަވެސް، މިއީ ގަވާއިދު ގެ 13 ވަނަ މައްދާގެ )ށ( ގެ )3( ވަނަ މާއްދާގެ ދަށުން ރިސްކެބޮޑު މުޢާމަލާތެއްގެ ގޮތުގައި ދަރަޖަކުރަންވާނެ މުޢާމަލާތެއްކަމާއި، މިފަދަ މޢު މަލާތްތަކުގައާ ފަރުވާތެރިވުމުގެ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް ގަވާއިދގައ ބަޔާންކުރެއެވެ.

43HN6އެޕްލިކޭޝަން ފޮރ ސްވިފްޓް ފަންޑް ޓްރާންސްފަރ ފޯމުޕްރޮސެސްކުރުމުގައި ބޭންކް އޮފް ސިލޯނުން ސޮއި ވެރިފައިކޮށްފައިވަނާ ބޭންކް އޮފް ސިލޯނުން ޢަމަލުކުރަމުންދާ އުޞޫލާއި އެއްގޮތަށްކަމަށާއި، އަދި މިގޮތުން މި ފޯމް ޕްރޮސެސްކޮށްފައިވަނީ މިފަދަ ފޯމުތައް ޕްރޮސެސްކުރުމުގައި ބޭންކް އޮފް ސިލޯނުން ޢަމަލުކުރަމުންދާ އިޖުރް އަތާއި އެއްގު ތަށް ކަމުގައި ބޭންކް އޮފް ސިލޯން ގެ ފަރާތުން ބުނާ ބުނުމަށާއި ބޭންކް އޮފް ސިލޯން ގެ ވާޖިބު އަދާކުރުމުގައި ކޮށްފައިވާ ކުށް ނުވަތަ އިހުމާލުގެ ޢަމަލު އެޓޯލް ލޮޖިސްޓިކްއަށް ސާބިތުކޮށްދެވިފައނުވާކަމަށި ބުނާ ބުނުމުގެ މައްޗަށް ދަށު ކޯޓުން ބަރޯސާވެފައިވި ފައިވެއެވެ. އެހެނަސް، އިސްވެ ބަޔާންކުރަނިވ 42 ވަނަ ނުކުތާފައިވާ ފަދައިނެ މި މުޢަމަލާތަކާ ބޭންކްތަކުން ފަރުވާތެރިވާންޖެހޭ ޒާތުގމުޢީ މަލާތެއްކަމުގައިވާއިރު، މަނީ ލޯންޑްރިންގ އަދ ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގައި ބޭންކްތަކުން ޢަމަލުކުރަންޖެހޭ ގޮތުގު ގަވާއިދެ އިނ ބޭންކް އޮފް ސިލޯންގެ މައްޗަށް ލާޒިމުކުރާ ޤާނޫނީ ވާޖިބާއި ޤާނޫނީ މަސްޢޫލިއްޔަތު އ ގަވާއިދުގައިވާ ގޮތުގެ މަތިން ބޭންކް އޮފް ސިލޯނުން އަދާކޮށްފައިވާކަން އެނގޭކަށްނެތެވެ. އޭގެ އިތުރުން އ އެޕްލިކޭޝަން ފޮރ ސްވިފްޓް ފަންޑް ޓްރާންސްފްރ ފޯމް ބޭންކް އޮފް ސިލޯނަށް ހުށަހަޅާފައިވަނީ އެޓޯލް ލޮޖިސްޓިކްސި އިން އެކަން ކުރުމަށް ހުއްދަ ދީފައިވާކަން އެނގޭ ލިޔުމެއް އޮތް ފަރާތެއްތޯ، އެ މުޢާމަލތާއ ގުޅޭ އެކަށީގެންވާ މަޢުލޫމާތު ހޯދައި ރިކޯޑުކޮށްފައިވޭތޯ، ބެނިފިޝަރީއާއި އޮރިޖިނޭޓަރގެ މަޢުލޫމާތު އެކަށީގެންވާ އބމ. ވަރަށް ބެލިފައިވޭތޯ، އަދި މިއީ މުދަލާއި ޚިދުމަތް ލިބިގަންނަ ފަރާތް ބޭންކަށް ހާޒިރުނުވެ ކުރެވިފައިވާ ރިސްކް ބޮޑީ މުޢާމަލާތެއްކަމުން،މއ ގަވާއިދުން ބޭންކުގެ މައްޗަށް ލާޒިމުކުރާ އިތާ ރ ފިޔަވަޅުތައް އަޅާފައިވާ މޢު މަލާތެއްކަން އެނގޭކަށްނެތެވެ. ބޭންކް އޮފް ސިލޯންގެ ފަރާތުން ދައްކާފައިވާ ވާހަތަކަށް ބަލާއިރު، އެ ފަރާތުން ބަލާފައިވަނީ އެޕްލިކޭޝަން ފޮރ ސްވިފްޓް ފަންޑް ޓްރާންސްފަރ ފޯމުގައިވާ ސޮއި ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށްކަން އެނގެއެވެ.

44މ ގަވާއިދުން ލާޒިމްކޮށްފައިވާ ފަރުވާތެރިވި މުގެ ފިޔަވަޅުތައް ބޭންކް އޮފް ސިލޯނުން އަޅައި، މި މ ޢާމަލާތުގައ ޝައްކުއުފެދޭ ކަމެއް ފާހަގަނުކުރެވޭނަމަ، މި މުޢާމަލާތް ޕްރޮސެސްކުރުމުގައިކުންފުނީގެ ފައިސާ ނަހަމަގޮތުގައި ބޭނުންކރުމަށް ހިންގޭ މުޢަމަލާތެއްނޫންކަމަށ ސަބަބުވެރި ވިސްނުމަކުން ބޭންކުގެ މުވައްޒި ފަށަ ޤަބޫލުކުރެވުނުނަމަ، މި މުޢަމަލާތާއިގެނ ކުރިއަށް ދިޔުމުގައާ ސަބަބުވެރި މިންގަނޑަށް ފަރުވާތެރިކަމާއި ހުށިޔާރުކަން ބަހައްޓާފައިވާކަމަށްބެލުމުގެ އިހުތިމާލު އެބަ އޮތެވެ. އެހެނަސް، މި ގަވާއިދުން ލާޒިމްކޮށްފައިވާ ފަރުވާތެރިވުމުގެ ފިޔަވަޅު ބާންކ އޮފް ސިލާ ނުން ނާޅާ، މި މުޢް މަލާތާއިގެނ ކުރިއަށް ދިޔުމުގައި ގަވާއިދުގައިވާ ގޮތުގެ މަތިން ކަށަވަރުކުރަންޖެހޭ މަޢުލޫމާތު ކަށަވަރުކޮށްފައިވާކަން އެނގެންނެތަތީ، މި މުޢަމަލާތ ޕްރޮސެސް ކުރުމުގައި ބޭންކް އޮފް ސިލޯނުންސަބަބުވެރި މިންގަނޑަށް ފަރުވާތެރިކަމާއި ހުށިޔާރުކަން ބަހައްޓާފައިވާކަމަށް ބެލެވޭކަށްނެތެވެ. އެހެންކަމުން، އެޓޯލްލޮޖިސްޓިކްސޭގެ މައްޗަށ އަދާކުރަންޖެހޭ ޤާނޫނީ ޒިންމާއެއް care) of (duty އ ވެމެ، އެ ޒިންމާ އަދާކުރުމުގައި ބޭންކް އޮފް ސިލޯނުން ޚިލާފުވެފައިވާ care) of duty of (breach ކަމުގައި ދެކެމެވެ. އެއީ ބޭންކް އޮފް ސިލޯނުގ އެތެރޭގެ އިޖުރާއަތުގެ އިތުރުން، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގައި ބޭންކްތަކުން ޢަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދު ން ބޭންކް އޮފް ސިލޯނުން ފަރުވާތެރިވުމަށ އޮތް ޤާނޫން ޒިންމާ އަދާކުރުމުގައި ބޭންކް އޮފް ސިލޯނުން އިހުމާލުވެފައިވާތީއެވެ. މިއީ ޤަނޫނީ ގޮތުން ބޭންކް އޮފް ސިލޯނުން އަދާކުރަންޖެހޭ ޤާނޫނީ އިލްތިޒާމާއި ޚިލާފުވުމުގެ )ޚަޠައު( އަމަލެކެވެ.

45އެޓޯލްލޮޖިސްޓިކްސ އާއް ބ ންކ އޮފް ސިލޯނާއ ދެމެދި އޮންނަ ތަޢާޤުދީ ގުޅުމުން އަދި ޤާނޫނީ ގޮތުނ އުފެދިފައިވާ އިލްތިޒާމުތަކާއި ބޭންކް އޮފް ސިލޯނުން ޚިލާފުވުމުގެ ސަބަބުން ލިބޭ ގެއްލުމަށް ބޭންކް އޮފް ސިލޯނުނ ޒިންމް އުފުލަންޖެހުމުގައި ފުރިހަމަވާންޖެހޭ އުންސުރުތަކުގެ ތެރެއިން، ބޭންކް އޮފް ސިލޯނުގެ މައްޗަށ ޤާނޫނީ ޒިންމާއެއް (duty of care) އޮވެމެ، މަޢީޤޫލު މީހެއްގެ ބެލުންތެރިކަމާއި ފަރުވާތެރިކަން ހުންނާނު މހެއްގެ ނަޒަރުން ބެލިނަމަވެސް، ބޭންކް އ ފ ސިލޯނުން އަދާކުރަންޖެހޭ ޤާނޫނީ ޒިންމާ އަދާކުރުމުގައި ބޭންކ އޮފް ސިލޯނުން ޚލާފުވެފައިވ care) of duty of (breach ކަމުގެ އުންސުރުފުރިހަމަވެފައިވާކަން އެނގޭހިނދު، މި ޒިންމާ އަދާކުރުމުގައި ބޭންކް އޮފް ސިލޯނުން އިހުމާލުވުމުގެ ސަބަބުން، އެޓޯލް ލޮޖިސްޓިކްސް އަށް ލިބިފައިވާ ސީދާ ގެއްލުން (damage) ފާޅުކަން ބޮޑު ގޮތެއްގައި އެނގެއެވެ. މި ގެއްލުމަކީ ބޭންކ އޮފް ސިލޯނުން އެ މުޢާމަލާތް ޕްރޮސެސްކުރުމުގައި ޤާނޫނުން ލާޒިމުކުރާ އެކަށީގެންވާ މިންވަރަށް ފަރުވާތެރިވުނަމަ، ލިބޭނެ ގެއްލމެއ ނޫންކަން އެނގެއެވެ. މި ގެއްލުމަކީ ބޭންކް އޮފް ސިލޯނުން ޤާނޫނީ ޒިންމާ އަދާކުރުމަށް އިހުމާލުވުމުގެ ސަބަބުން ލިބުނު ގެއްލުމެއްކް ން އެނގޭއިރު، މި ގެއްލުމަކީ ބޭންކް އޮފް ސިލޯނުގެ މައްޗަށ ޤާނޫނުން ލާޒިމުކުރާ އިލްތިޒާމްތަކާއި ޒިންމާއާ ޚިލާފަށް ކުރި ޢަމަލަކާ ގުޅިފައިވާ ގެއްލުމެއްކަން (causation) ސާބިތުވެއެވެ.

46މަތީގައިވާ ކަންކަން އެހެން ހުރުމުން، ޚަޠައު އިހުމާލުގެ ޢަމަލު ސާބިތުކުރުމަށް ފުރިހަމަކުރަންޖެހޭ ސުޕްރީމް ކޯޓުގު ނަންބަރ 2012/SC-A/20 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާ ރުކުންތަކާއި، އަދި އޭގެ ފަހުން މި ހައިފަލ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ އެމް.އެމް.އައި ބަންބޫ ޕްރައިވެޓް ލިމިޓެޑް މައުޟޫއުގައިއިހުމާލުގެ ޢަމަލު ސާބިތުކުރުމަށް ފުރިހަމވާންޖެހޭކަމަށަ ސުޕްރީމް ކޯޓުން އެ ކޯޓުގެ ނަންބަރު 2020/SC-A/71 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ މިންގަނޑުތައް ފުރިހަމަވާކަމުގައި އަހުރެން ދެކެމެވެ.

ނިންމުން

47އިސްވެ ބަޔާންކުރަނިވި ކަންކަމުގެ އަލީގައި، ނަންބަރު TT/8/622 ޓްރާންސެކްޝަން ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ސިވިލް ކޯޓުގެ ނަންބަރ 3115/Cv-C/2018 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބާޠިލުކުރަންޖެހޭނެކަމަށް ދެކެމެވެ.

48މިއާއެކު، ބޭންކް އޮފް ސިލޯނުގެ އިހުމާލުން 11 ފެބްރުއަރީ 2018ގައި ކޮށްފައިވާ ނަންބަރު TT/8/622 ޓެލެގްރެފކި ޓްރާންސްފަރގްސަބަބުން އެޓޯލްލޮޖިސްޓިކްސގެ )ނަންބަރ 6320128077 ( ބޭންކް އެކައުންޓުން އުނިވެފައިވާ $19,900.63 )ނަވް ރަހާސާ ނުވަސަތޭކަ ޑޮލަރާއި ފަސްދޮޅަސް ތިން ސެންޓު( އެޓޯލް ލޮޖިސްޓިކްސއަށ ލިބިދޭންޖެހޭކަމަށް ދެކެމެވެ.

49HN7އެޓޯލް ލޮޖިސްޓިކްސް އިން ބޭންކް އޮފް ސިލޯނުގެ ފަރާތުން ލިބުނު ގެއްލުމުގެ ބަދަލު ނުވަތަ (consequential loss) ގެ ގޮތުގައި ލިބިދިނުމަށް އެދިފައިވާ $39,403.25 )ތިރީސްނުވަހާސް ހަތަރުސަތޭކަ ތިން ޑޮލަރާއި ފަންސަވީސް ސެންޓްސް( އާއި އުޤޫބާތެއްގެ ގޮތުގައި ގެއްލުމުގެ ބަދަލު ނުވަތަ itive damages)(pun ގެ ގޮތުގައި ލިބިދިނުމަށް އެދިފައިވާ 50,000 ރ. )ފަންސާސްހާސް ރުފިޔާ( އަކީ ސިވިލް ކޯޓުގައި މި ގެއްލުން ލިބިފައިވާގޮތާއ ގުޅި ގޮތުން ވާހަކަދެކެވިފައިވާ ކަންކަމުގައި ނުވާތީ، މި ބަދަލުގެ މިންވަރާއިމެދ ދިވެހިރާއްޖޭގު ހައިކޯޓުން މި ހިނދު ގޮތެއް ކަނޑައެޅިދާނެކަމަކަށް ނުދެކެމެވެ. އަދި މިއީ އެޓޯލް 2020/SC-A/71 ) ޙުސައިން ރަޝީދު ވ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް( ލޮޖިސްޓިކްސް ލިބިފައިވާ ގެއްލުމެއްނަމަ، މި ފައިސާ ހޯދުމަށް އެޓޯލް ލޮޖިސްޓިކްސް އަށް ދަޢުވާ ކުރެވިދާނެކަމަށް ދެކެމެވެ.

ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު

50ފަނޑިޔާރާ ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔު

51ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

52މ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސް ލައިގެ ޚަޞްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރި ކޯޓުނު މައްސަލައިގް ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތީ ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައި މަދަނު އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރ 2021/32(ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ހ( ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.

ޙުކުމް

ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެމަތީން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 3115/Cv-C/2018 ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް، ބޭންކް އފޮ ސިލޯނުން )ރަޖިސްޓްރީ ނަންބަރު FC-0014/2015( 11 ފެބްރުއަރީ 2018ގައި ކޮށްފައިވާ ނަންބަރު TT/8/622 ޓެލެގްރެފިކް ޓްރާންސްފަރގެ ސަބަބުން އެޓޯލް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑް )ރަޖިސްޓްރީ ނަންބަރު C-10/2009(ގެ ބޭންކް އެކައުންޓު ) އެކައުންޓް ނަންބަރ 6320128077(ން އުނިވެފައިވާ $19,900.63 )ނަވަރަހާސް ނުވަސަތޭކަ ޑޮލަރާއި ފަސްދޮޅަސް ތިން ސެންޓް( އަކީ ބޭންކް އޮފް ސިލޯން ގެ ފަރާތުނ އެޓޯލް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑަށްދޭންޖެހޭ ފައިސާކަމަށްކަނޑއަޅައި، އެޓޯލް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑަށް މިފައިސާ ލިބިދިނުމުގެ ގޮތުން، މިއަދު )22 ސެޕްޓެމްބަރު 2022މ/.26 ޞަފަރު 1444ހ.( ން ފެށިގެން 01 )އެކެއް( މަސްދުވަހުގެ ތެރޭގައި $19,900.63 ނ) ވުރަހާސް ނުވަސަތޭކަ ޑޮލަރާއި ފަސްދޮޅަސް ތަން ސެންޓް( ސިވިލް ކޯޓަށް ދައްކާ ޚަލާސްކުރުމަށް ބޭންކް އޮފް ސިލޯނަށް އަންގައި، އެޓޯލް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑްއިން ބޭންކް އޮފް ސިލޯނު ގެ ފަރާތުން ލިބުމަށް އެދިފައިވާ ގެއްލުމުގެ ބަދަލު (consequential loss) އާއި، އުޤޫބާތެއްގެ ގޮތުގައިލިބުމަށް އެދިފައިވާ ގެއްލުމުގެ ބަދަލު damages) (punitive އަކީ އެޓޯލް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ގެއްލުމެއްނަމަ، މިއަދ )22 ސެޕްޓެމްބަރު 2022މ./ 26 ޞަފަރު 1444ހ.( ން ފެށިގެން 1 )އެކެއް( މަސްދުވަހުގެ ތެރޭގައި މި ފައިސާ ހޯދުމަށް އެޓޯލް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑށަ ދަށު ކޯޓުގައި އައު ދަޢުވާއެއް މަދަނު އިޖުރާއަތުގެ ޤާނޫނު )ޤާނޫނ ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ށ( މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ނ(

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ