ޢަބްދުﷲ ޖާމިޢު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސުޕްރީމް ކޯޓު 2019/SC-A/75 ([2021] SC 46)
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައެޅުމަށް ސިވިލް ކޯޓަށް ފޮނުވުމަށްޓަކައި ސުޕްރީމް ކޯޓުން ހައިކޯޓަށް ތަޙްވީލުކުރި މައްސަލައެއްގައި ހައިކޯޓުން ޢަމަލުކުރަންޖެހޭ ގޮތް.
ނިންމުން
ގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައެޅުމަށް ސިވިލް ކޯޓަށް ތަޙްވީލުކުރިގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައެޅުމަށް ސިވިލް ކޯޓަށް ތަޙްވީލުކުރި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ސުޕްރީމް ކޯޓުން ހައިކޯޓަށް މައްސަލައެއް ތަޙްވީލުކުރެވެނީ ކަންހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭ މައްސަލައެއްނަމައެވެ؛ ސިވިލް ކޯޓަށް ތަޙްވީލުކުރުމަށްޓަކައި ސުޕްރީމް ކޯޓުން ފޮނުވި މައްސަލައަކީ ކަންހިނގާފައިވާ ގޮތް ހައިކޯޓުން ބަލައި ގޮތެއް ކަނޑައެޅުމަށް ފޮނުވި މައްސަލައެއް ނޫނެވެ.
HN2 ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ކަންހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭ މައްސަލަ ހައިކޯޓުން ދަށުކޯޓަށް ތަޙްވީލުކުރެވިދާނެއެވެ؛ އަދި 47 ވަނަ މާއްދާގެ ދަށުން ދަށުކޯޓުން އެ މައްސަލަ ބަލަންވާނީ ހައިކޯޓުން ޙުކުމްކުރި ނުކުތާގެ ތަރަހައިގެ ތެރޭގައި، ތަޙްވީލުކުރި ބައި އެކަނި ކަމުގައި ވާނަމަ އެ ބައި އެކަނި ބަލައި، ތަޙްވީލު ނުކުރާ ބައިގެ ޙުކުމް ދެމިއޮންނާނެއެވެ.
HN3 ތަޙްވީލުކުރެވޭ މައްސަލަ ބަލާ ސިވިލް ކޯޓުން ޢަމަލުކުރަންޖެހޭނީ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި (34 ވަނަ ޕެރެގްރާފުގައި) ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
HN4 ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގެ ދަށުން މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާން ވާނެތީ، ސުޕްރީމް ކޯޓުގެ ނިންމުމުގައިވާ ގޮތުގެ މަތިން ހައިކޯޓުން މައްސަލަ ސިވިލް ކޯޓަށް ތަޙްވީލުކުރަންޖެހެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޢަބްދުﷲ ޙަމީދު، ޙުސައިން ޝަހީދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުއްރައޫފު އިބްރާހީމް · ތާއީދުކުރެއްވީ: ޢަބްދުﷲ ޙަމީދު، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/553 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ރ.މަޑުއްވަރީ، […] ޢަބްދުﷲ ޖާމިޢުގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން އެކޯޓުގެ ނަންބަރު A/75 (2021/SC 46)-2019/SC ޤަޟިއްޔާގައި އެމައްސަލަ ބައްލަވައި، އިސްވެ ބުނެވުނު މިކޯޓުގެ ނަންބަރު 2016/HC-A/553 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލްކުރައްވައި، ޢަބްދުﷲ ޖާމިޢު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ޚިލާފަށް ކަމަށް ކަނޑައަޅުއްވައި، ޢަބްދުﷲ ޖާމިޢުއަށް ނަގައިދެވޭނެ ގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައެޅުއްވުމަށްޓަކައި މިމައްސަލަ ސިވިލް ކޯޓަށް ތަހުވީލުކުރުމަށްޓަކައ ޤާނޫނި ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 18 އަދި 19 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެމައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމަފާއިވެއެވެ.
2އިސްވެ ބުނެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ޙުކުމް ކުރެއްވުމ ގުޅިގެނާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ CR/95/2021/64-197 (22 އެޕްރީލް 2021) ސިޓީން އެމައްސަލައިގެ ޝަރީޢަތް ނިމުނު ގޮތް އަދި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތައް މިކޯޓަށް ފޮނުވާފައިވެއެވެ. ޤާނޫނު އޮތްގޮތް: ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) އަށް ބަލާއިރު،
3އެޤާނޫނުގެ 12 ވަނަ މާއްދާގައިވަނީ، ހައިކޯޓުން ނިންމާފައިވާ ޤަޟިއްޔާއެއް ނުވަތަ ނެރެފައިވާ އަމުރެއް ނުވަތަ ނިންމާފައިވާ ނިންމުމެއްކަމުގައި ވީނަމަވެސް، ޤާނޫނުއަސާސީއާ ނުވަތާ ޤާނޫނަކާ ނުވަތާ ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ގަވާއިދަކާ ހިލާފުކަމަށް ޤަ ބޫލުކުރެވިގެން، އެކަން ފާހަގަކޮށް، ކަމުގެ މަސްލަހަތު އޮތް ފަރާތަކުން ހުށަހަޅާ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސުޕްރީމްކޯޓަށް ލިބިގެންވެއެވެ.
4އެޤާނޫނުގެ 18 ވަނަ މާއްދާގައި އަންނަނިވި ގޮތަށް ބަޔާންކޮށްފައިވެއެވެ. ކޯޓެއްގެ އ ޚްތިޞާޞއަކް ޚިލާފުވުމުގެ މައްސަލައެއް ފިޔަވައި، ސުޕްރީމްކޯޓަށ ހުށަހެޅް މައްސަލަތައް މއުޟޫޢަ ގޮތުން ބެލުމުގައި ޢަމަލުކުރާނީ ތިރީގައިވާ ގޮތްތަކުންކުރެ ގޮތަކަށެވެ.
(ހ) އެ މައްސަލައަކީ މައުޟޫ ޢީ ގޮތުން ބެލެން އޮތް މައްސަލައަކަށް ވެފައި، އެ މައްސަލައިގައި ކަންހިނގާފައިވާގޮތް ދަށު ކޯޓުން ކަށަވަރުކޮށްދީފައިވަނީ ފުރިހަމައަށް އަދި ޞއަޙަކޮށްކަމަށް ކަނޑައެޅިއްޖެނަމަ، އެ މައްސަލައިގައި އަމަލުކުރަންޖެހޭ ޤާނޫނީ އުޞޫލު ކަނޑައަޅައި މައްސަލަ ނިންމުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ މައްސަލައަކީ ހައިކޯޓަށް އަލުން ފޮނުވައި، މައްސަލައިގައި ކަންހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭ ގޮތަކަށް އޮތް މައްސަލައެއް ނަމަ އެ މައްސަލަ އަލުން ބެލުމަށްޓަކައި ހައިކޯޓަށް ތަހުވީލުކުރުން.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ހައިކޯޓުން މައްސަލައެއް އަލުން ބެލުމުގައި، މި މާއްދާގައިވާ ގޮތުގެމަތިން، ސުޕްރީމްކޯޓުން ކަނޑައެޅި ޤާނޫނީ އުޞޫލާއެއްގޮތަށް ހައިކޯޓުން ޢަމަލުކޮށްފައިނުވާނަމަ، ނުވަތަ ހައިކޯޓުން ދެވަނަ ފަހަރަށް ކުރި ޙުކުމުގައި އިސްތިއުނާފުކުރުމަށް މި ޤާނޫނު ހުއްދަކުރާ ސަބަބެއްއޮތްނަމަ، އެ މައްސަލަ ސުޕްރީމްކޯޓުގައި ދެވަނަ ފަހަރަށް އިސްތިއުނާފުކުރެވިދާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން މައްސަލަ ބެލުމުގެ ތެރޭގައި ކަންހިނގާފައިވާ ގޮތް އަލުން ސާބިތުކުރުން ހިމެނުނުކަމުގައި ވީނަމަވެސް، އެ ކަންތައް ބަލަން ހައިކޯޓަށް ތަހުވީލުކުރުމަކާ ނުލައި އަލުން މުޅި މައްސަލަ ބަލާނީ ސުޕްރީމްކޯޓުންނެވެ. އަދި މައްސަލަ ބެލުމުގައި، ކުރިން ހައިކޯޓަށް އަނބުރާ އެ މައްސަލަ ތަހުވީލުކުރިއިރު ސުޕްރީމްކޯޓުން ކަނޑައެޅި ޤާނޫނީ އުޞޫލުގެ ތަރަހައިގެ ތެރޭގައި ޙުކުމްކުރުން ސުޕްރީމްކޯޓަށް ލާޒިމުވާނެއެވެ.
5އެ ޤާނޫނުގެ 19 ވަނަ މާއްދާގައި އަންނަނިވި ގޮތަށް ބަޔާންކޮށްފައިވެއެވެ.
(ހ) މި ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، އަލުން ބެލުމަށް ހައިކޯޓަށް ތަހުވީލުކުރާ މައްސަލަތަކުގަ އ، ހައިކޯޓުން މައްސަލަ މައުޟޫޢީ ގޮތުން ބަލަންވާނީ އެ މައްސަލައެއް ގައި ސުޕްރީމްކޯޓުން ކަނޑައެޅި ޤާނޫނީ ނުކުތާގެ ތަރަހައިގެ ތެރޭގައެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ތަހުވީލުކުރީ މުޅި މައްސަލަކަމުގައ ނުވެފައި މައްސަލައިގެ ބައެއްކަމުގައިވާނަމަ، ހައިކޯޓުން ބަލާނީ ހަމައެކަނި އެބައެކެވެ. އަދި، ހައިކޯޓަށް ތަހުވީލުނުކުރާ ބައިގެ މައްޗަށް އެހާތަނަށްކޮށްފައިވާ ހުކުމް ދެމިއޮންނާނެއެވެ.
(ނ) މި ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ހައިކޯޓުން އަލުން ބެލުމަށް ތަހުވީލުކުރާ މައްސަލައެއްގައި ސުޕްރީމްކޯޓުން ބަލާފައިވަނީ ހަމައެކަނި އިސްތިއުނާފުކުރި ޤާ ނޫނީ ނުކުތާކަމަށް ވީނަމަވެސް، ހައިކޯޓަށް ތަހުވީލުވުމަށްފަހު، މައްސަލައިގައި ކަންހިނގި ގޮތް އަލުން ބަލައި ވަޒަންކުރުމުގެ ފުރިހަމަ ބާރު އެ ކޯޓަށް ލިބިގެންވެއެވެ. ނަމަ ވެސް ސުޕްރީމްކޯޓުން ކަނޑައެޅި ޤާނޫނީ ނުކުތާގައި ސުޕްރީމްކޯޓުން ނިންމާފައިވާ ގޮތާ ޚިލާފުވާ ގޮތަކަށް ހައިކޯޓުން ޙުކުމެއް ކޮށްގެންނުވާނެއެވެ.
(ރ) މި ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ހައިކޯޓުން އަލުން ބެލުމަށް ތަހުވީލުކުރާ މައްސަލަތައް ހައިކޯޓުން ބަލަންވާނީ އެ މައްސަލައެއްގައި ކުރިން ޙުކުމްކުރި ފަނޑިޔާރުން ނުހިމެނޭ މަޖިލީހަކުންނެވެ.
(ބ) މި ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ހައިކޯޓުން އަލުން ބެލުމަށް ފޮނުވާ މައްސަލަތައް ހައިކޯޓުން ބެލުމުގައި، ހައިކޯޓަށް އަނބުރާ އެމައްސަލަ ފޮނުވާލިއިރު ސުޕްރީމްކޯޓުން ކަނޑައެޅި ގާނޫނީ އުޞޫލު އެ މައްސަލައެއްގައި ހިމެނޭ ޚަޞްމުންނަށް އަންގައި އެކަމާމެދު އެ ޚަޞްމަކު ހުށަހަޅަންބޭނުންވާ ޤާނޫނީ ނުކުތާތައް ހައިކޯޓުގެ އަޑުއެހުމެއްގައި ހުށަހެޅުމަށް އެކަށީގެންވާ ފުރުސަތު ދޭންވާނެއެވެ.
ހައިކޯޓުން ދަށު ކޯޓަށް މައްސަލއެއަ ތަޙްވީލްކުރުން
6HN2ކޯޓެއްގެ އިޚްތޞާޞި އަކް ޚިލާފުވުމުގެ މައްސަލައެއް ފިޔަވައި ހައިކޯޓަށި ހުށަހެޅޭ މައްސަލަތައް މައުޟޫޢު ގޮތުން ބެލުމުގައި އެ މައްސަލައަކީ މައުޟޫޢު ގޮތުން ބލެންއޮތް މައްސަލައަކަށްވެފައި، އެމައްސަލައަކީ ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް އަލުން ފޮނުވައި، މައްސަލައިގައި ކަންހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭ ގޮތަކަށް އޮތް މައްސަލައެއްނަމަ އެ މައްސަލަ އަލުން ބެލުމަށްޓަކައި ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ތަހުވީލުކުރވިދާނެކަނެ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަމާއްދާގެ (ހ) އާއި (ށ) އިން އެނގޭކަމާއި، ބުނެވިދިޔަ ގޮތުގެމަތިން ތަހުވީލްކުރާ މައްސަލަ ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން މއ ޟޫޢު ގޮތުން އަލުން ބަލަންވާނީ އެ ޤަޟިއްޔާއެއްގައި ހައިކޯޓުން ޙުކުމްކުރި ނުކުތާގެ ތަރަހައިގެ ތެރޭގއަ ކަމާއި އަދި ތަހުވީލުކުރީ މުޅި މައްސަލަކަމުގައި ނުވެފައި، މައްސަލައިގެ ބައެއްކަމުގައި ވާނަމަ، ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން ބަލާނަ ހަމައެކަނި އެބައއް ކަމާއި، ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ތަހުވީލުނުކުރާ ބައިގެ މައްޗަށް އެހާތަނަށްކޮށްފައިވާ ޙުކުމް ދެމިއޮންނާނެކަން އެޤާނޫނުގެ 47 ވަނަ މާއްދާގެ (ހ) އާއި
(ށ) އަށް ބެލުމުން އެނގެއެވެ.
7HN3އިސްވެ ބުނެވުނު ފަދައިން ސުޕްރީމް ކޯޓުން މި މައްސަލަ މިކޯޓަށް ތަހުވީލް ކޮށްފައިވަނީ، ޢަބްދުﷲ ޖާމިޢުއަށް ނަގައިދެވޭނެ ގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައެޅުމަށްޓަކައި ސިވިލް ކޯޓަށް ތަޙްވީލްކުރުމަށް ކަމާއި، އެގޮތުން ސިވިލް ކޯޓުން އެކަން ބެލުމުގައި ސުޕްރީމް ކޯޓުގެ ޤަޟިއްޔާގެ 34 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސިވިލް ކޯޓުން ޢަމަލު ކުރަންޖެހޭކަން އެނގެއެވެ.
8HN1ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ބަލާ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙްވީލު ކުރެވެނީ އެމައްސަލައަކީ ހައިކޯޓަށް އަލުން ފޮނުވައި، މައްސަލައިގައި ކަންހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭ ގޮތަކަށް އޮތް މައްސަލައެއް ކަމަށްވާނަމކަނަ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) އިން އެނގޭއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިކޯޓަށް ތަޙްވީލްކޮށްފައިވާ މައްސަލއަކަ އެ މައްސަލައިގައި ކަންހިނގާފައިވާ ގޮތް މިކޯޓުން ބަލައި، މިކޯޓުން ގޮތެއް ކަނޑައެޅުމަށް ތަހުވީލުކުރި މައްސަލައެއް ނޫންކަމާއި، އެއާޚިލާފަށް އެމައްސަލަ މިކޯޓަށް ތަޙްވީލްކޮށްފައިވަނީ ސިވިލް ކޯޓަށް އެމައްސަލަ ތަޙްވީލްކުރުމަށްޓަކައިކަން އެނގެއެވެ.
ސުޕްރީމް ކޯޓުގެ ނިންމުމަށް ތަބވުނާ
9HN4ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަމާއްދާގެ (ރ) ގައި، މަތީމަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ ކަމަށް ބަޔާންކޮށްފއަ ވާއިރު، ސުޕްރީމް ކޯޓަކީ ދިވެހިރާއްޖޭގައި ޢަދުލުއިންޞާފު ޤާއިމް ކުރުމުގެ އެންމެ އިސްފަރާތްކަމަށްވެފައި، ދިވެހިރާއްޖޭގެ ހައިކޯޓަކީ އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓެއް ކަމުގައިވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުމުގައިވާ ގޮތުގެމަތިން އެ މައްސަލަ ސިވިލް ކޯޓަށް ތަޙްވީލުކުރުމަށް މިކޯޓުން ނިންމަން ފެނެއެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 12 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާ (ހ)، (ށ)، (ނ)، (ރ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 19 ވަނަ މާއްދާ (ހ)–(ބ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ހ) އާއި (ށ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ހ) އާއި (ށ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ސުޕްރީމް ކޯޓު 2019/SC-A/75 ([2021] SC 46) (34 ވަނަ ޕެރެގްރާފް)
- ހައިކޯޓު 2016/HC-A/553 (ސުޕްރީމް ކޯޓުން ބާޠިލުކުރި ޙުކުމް)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.