ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2021/HC-A/86

ކަނިފުށި އިންވެސްޓްމެންޓް ޕވޓ ލޓޑ ވ. ޔޮންސަން އިންޖިނިއަރިން ޕވޓ ލޓޑ

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 17 ޖޫން 2021ދަށު ކޯޓު: ސިވިލް ކޯޓު 144-B2-CR2/VM/2021/01ބާވަތް: އެހެނިހެން

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 144-B2-CR2/VM/2021/01
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ވަގުތީ އަމުރު މުރާޖަޢާކޮށް ނިންމި ނިންމުން އިސްތިއުނާފުކުރުމުގައި، އެ ނިންމުން ޤާނޫނާ ޚިލާފުކަމަށް ނުބުނެ، އަޞްލު ވަގުތީ އަމުރަށް އިޢުތިރާޟްކުރާ ނުކުތާތަކުގެ މައްޗަށް އިސްތިއުނާފު ކާމިޔާބުވާނެތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދަށުކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ނިންމާ ނިންމުމެއް އިސްތިއުނާފުކުރެވޭނީ، އެ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ނުވަތަ ޤާނޫނު ތަޠްބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ސަބަބުތައް ހުރުމާއި، ނިންމުމަށް އަސަރުކުރި އިޖުރާއަތަކީ ބާޠިލް އިޖުރާއަތެއް ކަމުގައިވުން، މި 2 ޙާލަތުގައެވެ.

HN2 ޤާނޫނީ ގޯހެއް، ހެކިތަކަށް ނުވަތަ ވާހަކަތަކަށް ރިޢާޔަތްނުކުރުމެއް، ޙައްޤު ގެއްލުމެއް ނުވަތަ އިންސާފަށް ހުރަސް އެޅުމެއް ހިނގާފައިވާކަމަށް ބުނާނަމަ، އެކަމުން އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން އިސްތިއުނާފީ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ސާފުކޮށް ބުނަންވާނެއެވެ.

HN3 ވަގުތީ އަމުރު މުރާޖަޢާކޮށް ނިންމި ނިންމުމެއް އިސްތިއުނާފުކުރާއިރު، އެ ނިންމުން ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނާ ނުކުތާއެއް ނެތި، އިސްތިއުނާފުނުކުރާ އަޞްލު ވަގުތީ އަމުރު ޤާނޫނާ ޚިލާފުކަމަށް ބުނާ ނުކުތާތަކާއި އެ އަމުރު ބާޠިލުކުރުމަށް އެދުމުގެ މައްޗަށް، މުރާޖަޢާގެ ނިންމުމަށް ބަދަލެއް ނުގެނެވޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަބްދުއްރައޫފު އިބްރާހީމް، ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޢަބްދުއްރައޫފު އިބްރާހީމް · ތާއީދުކުރެއްވީ: ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1މިއީ، ސިވިލް ކޯޓުގެ ނަންބަރު CR2/VM/2021/01-B2-144 ވަގުތީ އަމުރު މުރާޖަޢާކޮށް ނިންމިގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް ކަނިފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑގް ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބލަ ފައިވާ ޤަޟިއްޔާ އެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފުރައްދުވ ފަރާތަކާ ޔޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް އެ ވެ. ކަންހިނގާފައިވާގޮތް:

2ޔޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި ކަނިފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު މެކޭނިކަލް އިންޖިނިއަރިންގ އެންޑް ޕްލަމްބިންގގެ ޚިދުމަތް ފޯރުކޮށްދިނުމަށާއ އަދި އެކަމާ ގުޅޭ މުދާ ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ޔޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުން ފޯރުކޮށްދީފައިވާ ބައެއް ޚިދުމަތްތަކަށާއި މުދަލަށް ދައްކައި ޚަލާސްކުރަންޖެހޭ ފައިސާދެއްކުމާއި ބެހޭގޮތުން ޔޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި ކަނިފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ދެމެދު 13 ފެބުރުވަރީ 2013 ގައި ވެފައިވާ "ޑީޑް އޮފް ޑިބެންޗަރ ފޯރާ ޑިފަރޑް ޕޭމަންޓސް ޓަރމްސް" އެއްބަސްވުމާ ކަނިފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ޚިލާފު ވެފައިވާތީ އާއި އެއްބަސްވުމުގެ ދަށުން ކަނިފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ދައްކައި ޚަލާސްކުރަންޖެހޭ ފައިސާ ދައްކާފައިނުވާތީ، "ޑީޑް އޮފް ޑިބެންޗަރ ފޯރާ ޑިފަރޑް ޕޭމަންޓސް ޓަރމްސް" ގެ ދަށުން ޔޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑަށް ލިބީދީފައިވާ ޙައްޤެއް ކަމަށްވާ "ކަނިފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާ" ޔޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑގު ނަން މައްޗަށް ބަދަލުކުރުމަށް އެދި ޔޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުން ކަނިފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދަޢުވާކޮށްފައިވެއެވެ. އެ މައްސަލަ ސިވިލް ކޯޓުގެ ނަންބަރު 2687/Cv-C/2020 ޤަޟިއްޔާގައި ބެލުމަށް ހަމަޖެހުނެވެ. ވަގުތީ އަމުރަށް އެދުނު ސަބަބު:

3ސިވިލް ކޯޓުގެ ނަންބަރު 2687/Cv-C/2020 ޤަޟިއްޔާ އެ ކޯޓުގައި ހިނގަމުންދަނިކޮށް، ދަޢުވާގައި އެދިފައިވާ މިންވަރަށްޖެހޭ، ކަނިފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާތަކުގެ އަގު ދަށްވާނެ ފަދަ ނުވަތަ އެ ހިއްސާތުގެ މިލްކުވެރިކަން ގެއްލިގެން ހިނގައިދާނެފަދަ ނުވަތަ ބަދަލުވެދާނެފަދ ނުވަތަ އެ ހިއްސާތަކުގެ މައްޗަށް ޔޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑަށް އޮތް ޙައްޤަށް ހުރަސްއެޅިދާނެ ނުވަތަ އުނިކަމެއް އައިސްދާނެ ފަދަ އެއްވެސް މުޢާމަލާތެއް ނުކުރުމަށާއި، ކަނިފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ރައުސުލްމާލާއި ހިއްސާގެ މިންވަރަށް ބަދަލު ގެނައުމާއި ހިއްސާ ވިއްކުމާއި، ބަދަލު ކުރުމާއި، އެކަށައެޅުމާއި، ކުންފުނީގެ ނަމުގައި އެހެނިހެން ޤާނޫނީ ޝަޙްޞުތަކުން ހިއްސާ ގަތުމާއި، ހިއްސާގެ ވެލިއު ޑިޕްރިޝިއޭޓްކުރުމާއި، ހިއްސާތަކަކީ ނޮމިނަލް ހިއްސާތަކއެ ކަމުގައް ކަނޑައެޅުމާއި، ކުންފުނީގެ އެސެޓްތައް ޑިސްޕޯސްކުރުނަ ހުއްޓުވުމަށާއި، ކުންފުނީގެ ހިއްސާދާރުންގެ ހިއްސާ އެހެން ފަރާތަކަށް ބަދަލު ކުރުމާއި ވިއްކުމާއި ދިނުމުގެ ހުއްދަ ކުންފުނީގެ ފަރާތުން ދިނުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ކަނިފުށި އިންވެސްޓްމންޓަ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ނެރެދިނުމަށް ޔޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދުނެވެ.

ސިވިލް ކޯޓުން ނެރެފައިވާ އަމުރު

4ސިވިލް ކޯޓުގެ ނަންބަރު 2687/Cv-C/2020 ޤަޟިއްޔާގައި ވަކިގޮތަކަށް ޙުކުމް ކުރަންދެން ނުވަތަ ޝަރީއަތުން ވަކިގޮތަކަށް އަންގަންދެން ކަނިފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާތަކުގެ އަގު ދަށްވާނެ ފަދަ ނުވަތަ އެ ހިއްސާތަކުގެ މިލްކުވެރިކަން ގެއްލިގެން ހިނގައިދާނެފަދަ ނުވަތަ ބަދަލުވެދާނފަދެ އެއްވެސް މުޢާމަލާތެއް ނުކުރުމަށް، ކަނިފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑގު މައްޗަށް 22 ޑިސެމްބަރު 2020 ވަނަ ދުވަހު ސިވިލް ކޯޓުގެ ނަންބަރު CR2/VA/2020/06-B2-144 ވަގުތީ އަމުރުގައި، އަމުރުކޮށްފައިވެއެވެ.

5ސިވިލް ކޯޓުގެ ނަންބަރު 6CR2/VA/2020/0-B2-144 ވަގުތީ އަމުރު މުރާޖަޢާކޮށްދިނުމަށް އެދި ކަނިފުށި އިންވެސްޓްމންޓަ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 21 ޖަނަވަރީ 2021 ވަނަ ދުވަހު އެދިފައިވެއެވެ.

6ވަގުތީ އަމުރު މުރާޖަޢާކޮށްދިނުމަށް ކަނިފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އެދިފައިވަނީ ވަގުތީ އަމުރުގެ ކޮޕީއަކާއެކު ސްޓޭޓް ބޭންކް އޮފް އިންޑިއާއަށ ޔޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވާ ސިޓީއެއްގެ ސަބަބުން، ކަނިފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ސްޓޭޓް ބޭންކް އޮފް އިންޑިއާއިނ ލޯން ފެސިލިޓީއެއް ދޫކުރުން މަޑުޖައްސާލާ ފައިވާތީކަން، ވަގުތީ އަމުރު މުރާޖަޢާކޮށްދިނުމަށް ހުށަހެޅި ހުށަހެޅުމުން އެނގޭއިރު، ސިވިލް ކޯޓުގެ ނަންބަރު CR2/VA/2020/06-B2-144 ވަގުތީ އަމުރުން ކަނިފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އަމުރުކޮށްފައިވަނީ، އެ ކުންފުނީގެ ހިއްސާތަކުގެ އަގު ދަށްވާނެ ފަދަ ނުވަތަ އެ ހިއްސާތަކުގެ މިލްކުވެރިކަން ގެއްލިގެން ހިނގައިދާނެފދަ ނުވަތަ ބަދލުވެދާނެފަދަ އެއްވެސް މުޢާމަލާތެއް ނުކުރުމަށްކަމުގައިވާތީ އާއި، އެ ވަގުތީ އަމުރަކީ އެފަދަ އަމުރެއް ނެރުމުގައި ޝަރީޢަތުން ބަލަންޖެހޭ ޝަރުޠުތައް ފުރިހަމަވެފައި ވޭތޯ ބެލުމަށްފަހު ވަގުތީ އަމުރު ނެރުމަކީ މައްސަލައިގައި އެންމެ ޢަދުލުވެރި ގޮތްކަމަށް ޝަރީޢަތށަ ބުރަވެވުމުން ނެރެފައިވާ ވަގުތީ އަމުރަކަށްވާތީ، ކަނިފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އެދިފައިވާ ކަންކަމަށް ބަލައި، ސިވިލް ކޯޓުގެ ނަންބަރު CR2/VA/2020/06-B2-144 ވަގުތީ އަމުރު މުރާޖަޢާކުރަންޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް ކަނޑައަޅާފައިވާކަން، 21 ޖަނަވަރީ 2021 ވަނަ ދުވަހު ސިވިލް ކޯޓުގެ ނަންބަރު CR2/VM/2021/01-B2-144 ވަގުތީ އަމުރު މުރާޖަޢާކޮށް ނިންމިގޮތށ ބެލުމުން އެނގެއެވެ.

7މިއީ ސިވިލް ކޯޓުގެ ނަންބަރު CR2/VM/2021/01-B2-144 ވަގުތީ އަމުރު މުރާޖަޢާކޮށް ނިންމިގޮތް އިސްތިއުނާފު ކުރުމުން ބލާފައިވަ ޤޟިއަ ޔާއެކެވެ. ސިވިލް ކޯޓުގެ ނަންބަރު CR2/VA/2020/06-B2-144 ވަގުތީ އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެއް ނުވެއެވެ.

އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާ

8ސިވިލް ކޯޓުގެ ނަންބަރު CR2/VM/2021/01-B2-144 ވަގުތީ އަމުރު މުރާޖަޢާކޮށް ނިންމިގޮތް އިސްތިއުނާފު ކުރުމަށް ކަނިފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:

1.8ވަގުތީ އަމުރު ނެރުއްވާފައިވަނީ "ޝަރީޢަތް ކުރުމާބެހޭ ޤަވާޢިދުގެ 6" ގެ 295 ވަނަ މާއްދާއާއި ޚިލާފަށްކަން؛

2.8ވަގުތީ އަމުރު ނެރެފައިވަނީ، ވަގުތީ އަމުރު ނެރުމާއި ބެހޭ ޤާނޫނީ އަސާސްތައް ބަޔާންކުރާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ޝަރުޠުތަކާއި ޚިލާފަށްކަން؛

3.8ވަގުތީ އަމުރު ނެރެދިނުމުގައި ބަލާ ކަންކަމުގެ ތެރެއިން ދިވެހިރާއް ޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/100 ގައި ބަޔާންކޮށްފައިވާ އުޞޫލަށް ރިޢާޔަތްކޮށްފައިނުވާކަން؛

4.8ވަގުތީ އަމުރަކީ ނުވަތަ އިންޖަންކްޝަންއަކީ އިކުއިޓީގެ ދަށުން ލިބިދެވޭ އިކުއިޓެބަލް ރިލީފްއެއ ކަމުގައް ވީހިނދު، އިކުއިޓީގެ ފަރުވާއަކަށް އެދޭ ފަރާތަކީ “clean ds”han އާއި އެކު އަންނަ ފަރާތެއްކަމުގައި ވުމީ އިކުއިޓީގެ އަސާސެއް ކަމުގައި ވީހިނދު މި ވަގުތީ އަމުރުގެ ބޭނުން ނާޖާއިޒް ގޮތުގަ ކޮށްގެން، ވަގުތީ އަމުރުގައި ބަޔާންކޮށްފައި ނުވާކަން ބަޔާންކޮށްފައިވާކަމުގައި ބަޔާންކޮށް ދަޢުވާ ލިބޭ ފަރާތުގެ ވިޔަފާރިއަށް ހުރަސް އެޅުމަށް ދަޢުވާކުރާ ފަރާތުން ޢަމަލުތަކެއް ހިންގާފައިވާތީ، ވަގުތީ އަމުރަކުން ފަރުވާ ލިބުމުގެ ހައިސިއްޔަތު މިހާރު ދަޢުވާކުރާ ފަރާތަށް ގެއްލިފައިވާކަން.

9އިސްވެ ބަޔާންކުރެވުނު 4 (ހަތަރު) ނުކުތާ ހުށަހެޅުމަށްފަހު، ސިވިލް ކޯޓުގެ ނަންބަރު 2687/Cv-C/2020 ޤަޟިއްޔާއިން ނެރެފައިވާ ވަގުތީ އަމުރު ބާޠިލްކޮށް ދިނުމަށް ކަނިފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދިފައިވެއެވެ.

10HN3މ މައްސަލައިގައި އިސްތިއުނާފުކޮށްފައިވަނީ ވަގުތީ އަމުރު މުރާޖަޢާކޮށް ނިންމިގޮތް ކަމުގައިވީނަމަވެސް، އެނިންމުމުގައި ކަނިފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އެދިފައިވާ ކަންކަމަށް ބަލައި، ސިވިލް ކޯޓުގެ ނަންބަރު CR2/VA/2020/06-B2-144 ވަގުތީ އަމުރު މުރާޖަޢާކުރަންޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް ނިންމިގޮތް ޤާނޫނީ އުޞޫލަކާ ޚިލާފުވާކަމަކަށް އިސްތިއުނާފީ ނުކުތާތަކުގައި ފާހަގަކޮށްފައިނުވާކަން ފާހަގަ ކުރެވެއެވެ. ފާހަގަކުރެވުނު ކަންތައްތައް :

11HN1ދަށުކޯޓުން ނިންމް މައްސަލައެއް ނުވަތަ ޓްރައިބިއުނަލުން ނިންމާ މައްސަލައެއް އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅޭނީ 2 ހާލަތެއްގައެވެ. އެއީ:

(ހ) އިސްތިއުނާފުކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ގާނޫނާ ޚިލާފަށްކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރުން ނުވަތަ ގާނޫނު ތަތުބީގުކުރުމުގައ ނުވަތި ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ޤަބޫލުކުރެވޭ ސަބަބުތައް ހުރުން.

(ށ) ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާތެއްގައި ހިމެނުނު އަންނަނިވި ބާވަތްތަކުންކުރެ ބާވަތެއް ގެ އައިބެއްގެ ސަބަބުން ޙުކުމަށް ނުވަތަ ނިންމުމަށް އަސަރުފޯރުވި އިޖުރާއަތަކީ ބާޠލި އިޖުރާއަތެއް ކަމުގައިވުން.

12HN2ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް ބުނާނަމަ ނުވަތަ ރިޢާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާނަމަ ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ ނުވަތަ ޙައްޤުތައް ގެއްލިފައިވާ ކަމަށް ބުނާނަމަ ނުވަތަ އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ބުނާނަމަ އެކަމުގައި އުފެދޭ ޤނޫނ ބަހުސަކީ ކޮބައިކަން އެ ނުކުތާގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ސާފުކޮށްބުނަންވާނެ ކަމަށް ޝަމްސުލްމުނާ ވ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް މައްސަލަ ބަލައިގަތުމާމެދު ނިންމިގޮތުގައި ސުޕްރީމް ކޯޓުން ފާހަގަ ކުރައްވާފައިވެއެވެ. ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2019/SC-L/87 "މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓް"ގެ 10 ވަނަ ނަންބަރު

13މި ޤަޟިއްޔާގައި ކަނިފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފރާތުނަ އިސްތިއުނާފުކޮށްފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 2687/Cv-C/2020 ޤަޟިއްޔާގައި ނެރެފައިވާ އެކޯޓުގެ ނަންބަރު CR2/VA/2020/06-B2-144 ވަގުތީ އަމުރެއް ނޫނެވެ. ކަނިފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފރާތުނަ އިސްތިއުނާފުކޮށްފައިވަނީ، އެވަގުތީ އަމުރު މުރާޖަޢާ ކުރުމަށް އެދި ހުށަހެޅުމުން އެކޯޓުގެ ނަންބަރު CR2/VM/2021/01-B2-144 "ވަގުތީ އަމުރު މުރާޖަޢާކޮށް ނިންމިގޮތް" އެވެ. ނަމަވެސް، ކަނިފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރ CR2/VM/2021/01-B2-144 "ވަގުތީ އަމުރު މުރާޖަޢާކޮށް ނިންމިގޮތް" އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާފައިވާ ނުކުތާތަކުގައި ފާހަގަކޮށްފައިވަނީ، ވަގުތީ އަމުރު ނެރުމުގައި ބަލަންޖެހޭ އަދި ރިޢާޔަތް ކުރަންޖެހޭ ޤާނޫނީ އުޞޫލުތަކަށް ރިޢާޔަތް ނުކުރާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާތަކެއްކަން އެނގެއެވެ. އަދި މި މައްސަލައިގައި ކަނިފުށި އިންވެސްޓްމަންޓުގެ ފަރާތުން އެދިފައިވަނީވެސް ސިވިލް ކޯޓުގެ ނަންބަރު CR2/VA/2020/06-B2-144 ވަގުތީ އަމުރު ބާޠިލްކޮށްދިނުމަށެވެ. އެކަމަކު އެފަރާތުން އިސްތިއުނާފުކުރި ވަގުތީ އަމުރު މުރާޖަޢާކޮށް ނިންމިނިންމުން ބާޠިލްކޮށްދިނުމަށް އެދިފައެއް ނުވެއެވެ.

14އިސްވެ އިޝާރާތްކުރެވުނު އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، މި ޤަޟިއްޔާގައި ކަނިފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ސިވިލް ކޯޓުގެ ނަންބަރު CR2/VM/2021/01-B2-144 ވަގުތީ އަމުރު މުރާޖަޢާކޮށް ނިންމިގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއާ އެ ނެތުމާއި، އެނިންމުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވީނަމަވެސް، މި މައްސަލައިގެ އިސްތިއުނާފީ ނުކުތާތައް ބިނާކޮށްފައި ވަނަ ސިވިލް ކޯޓުގެ ނަންބަރު 2687/Cv-C/2020 ޤަޟިއްޔާގައި ނެރެފައިވާ ވަގުތީ އަމުރު ޤާނޫނާ ޚިލފާ ކަމަށު ހުށަހަޅާފައިވް ނުކުތާތކަށަ ކަމުގައިވާތީ އާއި،

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ