ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2021/HC-A/106

ޓޮމްލިންސަން ޕްރޮޕަރޓީސް ޕްރައިވެޓް ލިމިޓެޑް ވ. ޕީ.ޖީ.އޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އެސް.އޯ.އާރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 23 ޖަނަވަރީ 2024ދަށު ކޯޓު: ސިވިލް ކޯޓު 4400/Cv-C/2019ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 4400/Cv-C/2019
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ސިންގަޕޫރު އާބިޓްރޭޝަނުން ދެބަސްވުންތައް ޙައްލުކުރުމަށް އެއްބަސްވެފައިވާ ސެޓްލްމަންޓް އެގްރީމަންޓެއްގެ ދަށުން ލިބެންޖެހޭ ކަމަށް ބުނާ ފައިސާ ނުދެއްކުމުގެ ސަބަބުން ކުންފުނި އުވާލުމަށް ހުށަހެޅި މައްސަލަ، ސިވިލް ކޯޓުން ބަލައި ގޮތެއް ކަނޑައެޅޭނެ މައްސަލައެއް ނޫންކަމަށް ނިންމުމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފު ނިންމުމެއްތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މަދަނީ › ކުންފުނި އުވާލުމުގެ މައްސަލަ

HN1 ކޮންޓްރެކްޓަކީ ދެ ޝަޚްޞުންގެ ނުވަތަ އެއަށްވުރެ ގިނަ ޝަޚްޞުންގެ މެދުގައި ކަމެއް ކުރުމުގެ ނުވަތަ ކަމެއް ކުރުމުން މަނާވުމުގެ ޤާނޫނީ އިލްތިޒާމު އުފުލުމަށް ވެވޭ އެއްބަސްވުމެވެ؛ "މަބްދައު ސުލްޠާނުލް އިރާދާ" (freedom of contract) ގެ ދަށުން އެފަދަ އެއްބަސްވުމެއް އެކުލަވާލުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ބައިވެރިންނަށް ލިބިގެންވާއިރު، އެ ބާރު ޤައިދުކުރެވޭނީ އެއްބަސްވުމަކީ އަމުރުކުރުވަނިވި ޤާނޫނީ ޤާޢިދާއަކާ (peremptory rule) ނުވަތަ ޢާންމު ނިޒާމާއި ޢާންމު އަދަބުތަކާ (public order and public decency) ޚިލާފު އެއްބަސްވުމަކަށް ވާނަމައެވެ.

HN2 ރުކުންތައް ފުރިހަމަވެގެން އެކުލަވާލެވޭ ކޮންމެ ކޮންޓްރެކްޓެއް ރަނގަޅު ނިޔަތުގައި (in good faith) ތަންފީޛުކުރުމަކީ ބައިވެރިންގެ މައްޗަށް ލާޒިމްވާ ކަމެކެވެ؛ ވަކި ގޮތަކަށް އެއްބަސްވުމަށްފަހު އެނބުރި އެއްބަސްވި ގޮތް ނޫން ގޮތަކަށް ޢަމަލުކުރުމަށް އުޅުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

މަދަނީ › ކުންފުނި އުވާލުމުގެ މައްސަލަ

HN3 ވަކި ޤައުމެއްގެ ޤާނޫނު ހިންގުމަށާއި ދެބަސްވުންތައް ވަކި އިޖުރާއަތެއްގެ (މިސާލު: އާބިޓްރޭޝަން) ދަށުން ޙައްލުކުރުމަށް ދެފަރާތް ލިޔުމުން އެއްބަސްވެފައިވާނަމަ، އެއީ ޣައިރުޤާނޫނީ އެއްބަސްވުމަކަށް ނުވާހާ ހިނދަކު ކޯޓުން ބާރުދޭންޖެހޭނީ އެ އެއްބަސްވުމަށެވެ؛ އެއްބަސްވި ގޮތާ ޚިލާފަށް ޢަމަލުކުރުމުގެ ފުރުޞަތު ކޯޓުން ހުޅުވާލާނަމަ އެއްބަސްވުމެއް ވުމުގެ ބޭނުމެއް ނެތެވެ.

HN4 ކުންފުންޏާބެހޭ ޤާނޫނުގެ 80 ވަނަ މާއްދާގެ (ހ) ގެ (3) ގެ ދަށުން ކުންފުންޏަކީ ދަރަނި އަދާނުކުރެވޭނެ ކުންފުންޏެއްކަމަށް ބެލުމަށްޓަކައި 5000 ރުފިޔާއަށްވުރެ ބޮޑު ޢަދަދެއް ދައްކަން އޮތްތޯ ކަނޑައަޅާނީ ޚުޞޫމަތު އުފައްދާ ފަރާތުގެ ބުނުމުގެ މައްޗަށް ނޫނެވެ؛ ދައްކަން އޮތް ފަރާތް އިޤްރާރު ނުވާނަމަ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކުގެ މަތިން ޝަރީޢަތްކޮށްގެންނެވެ.

HN5 ދެބަސްވުންތައް ސިންގަޕޫރު އާބިޓްރޭޝަނުން ޙައްލުކުރުމަށް އެއްބަސްވެފައިވާ ޙާލަތުގައި، ކުންފުންޏަކީ ދަރަނި އަދާނުކުރެވޭނެ ކުންފުންޏެއްތޯ ނިންމޭނީ އާބިޓްރޭޝަނުން ޚުޞޫމަތު ބެލުމަށްފަހު ލިބޭ އެވޯޑަށް ބަލައިގެންނެވެ؛ ހަމައެކަނި ލެޓަރ އޮފް ޑިމާންޑަކަށް ބަލައިގެން ކުންފުނި އުވާލުމުގެ އަމުރެއް ނުނެރެވޭނެއެވެ. އަދި ލައިބިލިޓީއަށް އިޤްރާރުނުވާ ބިނާގައި ވެވިފައިވާ ސެޓްލްމަންޓް އެއްބަސްވުމުން ދަރަންޏަށް އިޤްރާރުވެފައިވާކަމަށް ނުބެލެވޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ޙުސައިން ސިރާޖް
ބެންޗު
ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ދީބާނާޒް ފަހުމީ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފަނޑިޔާރު މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ދީބާނާޒް ފަހުމީ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު، މި ރައުޔަށް ފަނޑިޔާރު ޙުސައިން މަޒީދު އާއި ފަނޑިޔާރު ދީބާނާޒް ފަހުމީ

ތާޢީދުކުރެއެވެ. މައްސަލައިގެ ތަޢާރަފު:

1މިއީ، ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/4400 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބު ނ، ޓޮމްލިންސަން ޕްރޮޕަޓީސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ޓޮމްލިންސަން ޕްރޮޕަޓސީ" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤޟަ އްޔިގެ އިސްތިއުނާފު ރައްދުވާ ފަރާތާ ކ ޕީ.ޖީ.އޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އެސް.އޯ.އާރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް) (މީގެ ފަހުން "ޕީ.ޖީ.އޭ މޯލްޑިވްސް" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް") އެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތް:

2ޕީ.ޖީ.އޭ ލޭންޑް ލިމިޓެޑުން ރަށްފަޅު ހުރާގެ "އައިލެންޑް 2" އެމް.އީ.އެސް.އޭ އާރް.އެފް ޕްރައިވެޓް ލިމިޓެޑގު އަތުން 17 އޮގަސްޓް 2016 ގައި ޕާރޗޭސް އެގްރީމެންޓްއެއްގެ ދަށުން ގަތެވެ. އޭގެ ފަހުން، 02 އޮގަސްޓް 2017 ގައި އެއްބަސްވުން ޕީ.ޖީ.އޭ ލޭންޑްގެ ސަބްސިޑަރީ ކުންފުނި ކަމަށްވާ ޕީ.ޖީ.އޭ މޯލްޑިވްސްއަށް ބަދަލުކުރިއެވެ. (ޕީ.ޖީ.އޭ މޯލްޑިވްސް އަކީ ޕީ.ޖީ.އޭ ލޭންޑްގެ ސަބްސިޑަރީ ކުންފުންޏެކެވެ. އަދި ޓޮމްލިންސަން ޕްރޮޕަޓސީއަކީ އެމް.އީ.އެސް.އޭ އާރް.އެފްގެ ސަބްސިޑަރީ ކުންފުންޏެކެވެ). UEN No: 201633038N C- 1110/2016 NUMBER 1828148 BVI COMPANY (ޕީ.ޖީ.އޭ މޯލްޑިވްސް އަކީ ޕީ.ޖީ.އޭ ލޭންޑްގެ ސަބްސިޑަރީ ކުންފުންޏެކެވެ.) 0399/2015-C (ޓޮމްލިމްސަން ޕްރަޕަޓސީއަކީ އެމް.އީ.އެސް.އޭ އާރް.އެފްގެ ސަބްސިޑަރީ ކުންފުންޏެކެވެ.)

3ޓޮމްލިންސަން ޕްރޮޕަޓީސްއިން ޕީ.ޖީ.އޭ މޯލްޑިވްސްއަށް ރަށް ފަޅު ހުރާގެ "އައިލެންޑް 2" ތަރައްޤީކޮށް މެނޭޖްކުރުމަށް 17 އޮގަސްޓް 2016 އިން 31 މާރިޗް 2018 އަށް ފޯރުކޮށްދީފައިވާ ޚިދުމަތްތަކަށް ދައްކަންޖެހަ ފައިސާ ދައްކފައާ ނުވާތީ އެޚިދުމަތްތައް ފޯރުކޮށްދިނުން 01 އޭޕްރީލް 2018 ގައި މެދުކަނޑާލައި ޕީ.ޖޭ.އޭ ލޭންޑނު "އައިލެންޑް 2" 03 އޮގަސްޓް 2018 ގައި ނެގިއެވެ.

4އެއަށްފަހު، މިފައިސާ ދެއްކުމަށްޓަކައި ޕީ.ޖީ.އޭ ލޭންޑް އާއި އެމް.އީ.އެސް.އޭ އާރް.އެފް އާ ދެމެދު 04 ޖަނަވަރީ 2019 ގައި ސެޓްލްމަންޓް އެގްރީމެންޓްއެއް ވިއެވެ.

5ޕީ.ޖީ.އޭ ލޭންޑް އިން އެމް.އީ.އެސް.އޭ އާރް.އެފއަށް ރަށްފަޅު ހުރާގެ "އައިލެންޑް 2" ތަރައްޤީކޮށް މެނޭޖްކުރުމަށް ފޯރުކޮށްދީފައިވާ ޚިދުމަތްތަކަށް USD$1,152,000.00 (އެއްމިލިއަން އެއްލައްކަ ފަންސާސް ދެހާސް އެމެރިކާ ޑޮލަރު) ދައްކަންޖެހޭ ކަމާއި، މިފައިސާ ހޯދުމުގެ ގޮތުން ޓޮމްލިންސަން ޕްރޮޕަޓސީއިން ޕީ.ޖީ.އޭ ލޭންޑް ނުވަތަ ޕީ.ޖީ.އޭ ޕްރޮޕަޓީއަށ އިންވޮއިސްއެއް ފޮނުވަންވާނެކަމާއި، މިފައިސާ ދައްކަންޖެހޭނީ ޓޮމްލިންސަން ޕްރޮޕަޓސީގެ ބޭންކް އެކައުންޓަށް އެންމެހާ ޗަރޖާސްއަކާއި އެކުކަމާއި، ޓޮމްލިންސަން ޕްރޮޕަޓީސްއަށް ދަންކަންޖެހޭ އެންމެހާ ފައިސާ ދެއްކުމުގެ ހުރިހާ ޒިންމާއެއް އުފުލަންޖެހޭނީ ޕީ.ޖީ.އޭ ލޭންޑް އިންކަމަށީ މި ސެޓްލްމަންޓް އެގްރީމަންޓްގެ 1 ވަނަ މާއްދާގެ (b) ގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން އިޝާރާތްކުރެވުނު ފައިސާ ދައްކާނީ USD$288,000.00 (ދެލައްކަ އައްޑިހަ އައްހާސް އެމެރިކާ ޑޮލަރު)، 4 (ހަތަރު) ޕޭމަންޓަކަށް ބަހާލައިގެން ކަމާއި، ފުރަތަމަ ޕޭމަންޓް ދައްކަންޖެހޭނީ ސެޓްލްމަންޓް އެގްރީމަންޓްގައި ސޮއިކުރާތާ 30 ދުވަހުގެ ތެރޭގައިކަމާއި، ފައިސާ ދައްކަންޖެހޭ މުއްދަތުގެ ތެރޭގައި ފައިސާ ދައްކާފައިނުވާނަމަ އިންޓްރެސްޓްގެ ގޮތުގައި %3 ނެގޭނެކަމަށް އެއްބަސްވުމުގެ 1 ވަނަ މާއްދާގެ (c) ގައި ބަޔާންކޮށްފައިވެއެވެ. ސެޓްލްމަންޓް އެގްރީމަންޓް ވެފައިވަނީ މިދެކުންފުނީގެ ސަބްސިޑަރީ ކުންފުނިކަމަށްވާ "ޕީ.ޖީ.އޭ މޯލްޑިވްސް" އަދި "ޓޮމްލިންސަން ޕްރޮޕަޓސީ" ހިމެނޭހެންކަމަށ ސެޓްލްމަންޓް އެގްރީމަންޓްގައި ބަޔާންކޮށްފައިވެއެވެ.

6މީގެ އިތުރުން، ސެޓްލްމަންޓް އެގްރީމަންޓްގެ 5 ވަނަ މާއްދާގައި މިއެއްބަސްވުމަށް ހިނގާނީ ސިންގަޕޫރުގެ ޤާނޫނުކަމާއި، މިއެއްބަސްވުމާއ ގުޅިގެނި ދެފަރާތް ދެމެދް އެއްވެސް ހުސޫމާތެއް އުފެދިއްޖެނަމަ އެކަމެއް ޙައްލުކުރަންޖެހޭނީ ސިންގަޕޯރ އާބިޓްރޭޝަނުން، ސިންގަޕޯރ އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ގަވާއިދުތަކާއި އެއްގޮތގެ މަތިންކަމަށު ބަޔާންކޮށްފައިވެއެވެ.

7އިޝާރާތްކުރެވުނު ސެޓްލްމަންޓް އެގްރީމަންޓްއާ އެއްގޮތަށް 04 އޭޕްރީލް 2019 ގައި ޓޮމްލިންސަން ޕްރޮޕަޓސީ އިން ޕީ.ޖީ.އޭ މޯލްޑިވްސްއަށް ރަށްފަޅު ހުރާގެ "އައިލެންޑް 2" ތަރައްޤީކޮށް މެނޭޖްކުރުމަށް ފޯރުކޮށްދީފައިވާ ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން USD$288,000.00 (ދެލައްކަ އައްޑިހަ އައްހާސް އެމެރިކާ ޑޮލަރު) ދެއްކުމަށް އަންގައި 04 އޭޕްރީލް 2019 ގައި އިންވޮއިސްއެއް ފޮނުވިކަމަށް ޓޮމްލިންސަން ޕްރޮޕަޓސީ އިން ބުނެއެވެ.

8މިއިންވޮއިސްއާ އެއްގޮތަށް 06 (ހައެއް) މަސް ފާއިތުވެގެން ދިޔައިރުވެސް މިފައިސ ޕީ.ޖީ.އޭ މޯލްޑިވްސްއިން ދައްކާފައިނުވާތީ، މިފައިސާ އާއި މިފައިސާ ނުދެއްކުމުގެ ސަބަބުން އަރަމުންދާ އިންޓްރެސްޓްގެ ފައިސާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގައި 10 އޮކްޓޫބަރު 2019 ގައި ޓޮމްލިންސަން ޕްރޮޕަޓސީ އިން ޑިމާންޑް ލެޓަރއެއް ޕީ.ޖީ.އޭ މޯލްޑިވްސްއަށް ފޮނުވިކަމަށް އެކުންފުނިން ބަޔާންކުރެއެވެ.

9މިޑިމާންޑް ލެޓަރއާއި އެއްގޮތަށް ޕީ.ޖީ.އޭ މޯލްޑިވްސްގެ ފަރާތުން މިފައިސާ ދައްކާފައި ނުވާތީ، މިފައިސާ ހޯދުމަށް އެދި ޓޮމްލިންސަން ޕްރޮޕަޓސީގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. މިދަޢުވާގައި ޓޮމްލިންސަނު ޕްރޮޕަޓީގެ ފަރާތުން އެދިފައިވަނީ މައިގަނޑު ދެކަމަކަށެވެ. އެއީ ޓޮމްލިންސަން ޕްރޮޕަޓސީއިން ޕީ.ޖީ.އޭ މޯލްޑިވްސްއަށް ރަށްފަޅު ހުރާގެ "އައިލެންޑް 2" ތަރައްޤީކޮށް މެނޭޖްކުރުމަށް ފޯރުކޮށްދީފައިވާ ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން USD$288,000.00 (ދެލައްކަ އައްޑިހަ އައްހާސް އެމެރިކާ ޑޮލަރު) ދައްކާފައިނުވާތީ، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 80 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ޕީ.ޖީ.އޭ މޯލްޑިވްސް ކޯޓު މެދުވެރިކޮށް އުވާލުމުގެ އަމުރަ ކަށާއި، ޓޮމްލިންސަން ޕްރޮޕަޓސީ އަށް ޕީ.ޖީ.އޭ މޯލްޑިވްސްއިން ދައްކަންޖެހޭ ދަރަންޏާމެދު ޢަމަލުކުރާނެ ގޮތެއް ނިންމައިދިނުމަށެވެ. ސިވިލް ކޯޓުން މިމައްސަލަ ބަލާފައިވަނީ އެކޯޓުގެ ނަންބަރު C/2019-Cv/4400 ޤަޟިއްޔާއިންނެވެ. ޓޮމްލިންސަން ޕްރޮޕަޓީސްގެ ފަރާތުން އިސްތިއުނާފުކުރެވިފައިމިވަނީ ސިވިލް ކޯޓުން މިމައްސަލަ ބަލައި ނިންމިގޮތެވެ. ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް:

10ސިވިލް ކޯޓުގެ ނަންބަރު: C/2019-Cv/4400 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާ ނިންމާފައިވަނީ؛ "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު، މިމައްސަލަ ބިނާކޮށްފައިވަނީ، ޓޮމްލިންސަން ޕްރޮޕަޓީސ ޕްރައިވެޓް ލިމިޓެޑުން ޕީޖީއޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވިކަމަށްބުނާ 'ލެޓަރ އޮފް ޑިމާންޑް' ގެ މައްޗަށްކަމާއި، މިސިޓީއަކީ ޓޮމްލިންސަން ޕްރޮޕަޓީސ ޕްރައިވެޓް ލިމިޓެޑާއި ޕީޖީއޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު 04 ޖަނަވަރީ 2019 ގެ ތާރީޚުގައި ސޮއިކޮށްފައިވާ ސެޓްލްމަންޓް އެގްރީމަންޓްއާ ހަވާލާދީ ފޮނުވާފައިވާ ސިޓީއެއްކަން އެނގޭކަމާއި، މި އެގްރީމެންޓްގެ 5 ވަނަ މާއްދާގައި އެ އެގްރީމެންޓް އާ ގުޅިގެން ނުވަތަ އެއްބަސްވުމާމެދު އުފެދޭ ޚުސޫމަތެއް، ދެބަސްވުމެއް، ނުވަތަ ދަޢުވާއެއް ޙައްލުކުރަންޖެހޭނީ ސިންގަޕޯރ އާބިޓްރޭޝަނުންކަމަށް ބަޔާންކޮށްފައިވާތީ، މިމައްސަލައަކީ ސިވިލް ކޯޓުން ބަލައި ގޮތެއް ކަނޑައެޅޭނެ މައްސަލައެއް ނޫންކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ." މިފަދައިންކަން އެޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ. ޓޮމްލިންސަން ޕްރޮޕަޓސީގެ ފަރާތުން އިސްތިއުނާކޮށްފައިމވަނީ މިނިންމުމެވެ. އިސްތިއުނާފީ ނުކުތާތައް:

11ސިވިލް ކޯޓުގެ ނަންބަރު: 4400/Cv-C/2019 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ޓޮމްލިންސަން ޕްރޮޕަޓސީގެ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅާ އެނުކުތއާއާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މގޮތުނި ހުށަހަޅާފައިވް ނުކުތާއާ ކ:

1.11- ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު)ގެ 75 ވަނަ މާއްދާގެ (ހ) (2) ގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކޯޓު އަމުރަކުން އުވާލެވޭނެ ކަމަށާއި، އަދި ޤާނޫނުގެ 80 ވަނަ މާއްދާގައި ކޯޓު އަމުރެއް މެދުވެރިކޮށް ކުންފުންޏެއް އުވާލެވޭނެ ޙާލަތްތައް ބަޔާންކޮށްފައިވާއިރު، އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާއި ދެމެދު ވެފައިވާ ސެޓްލްމަންޓް އެގްރީމަންޓްގެ 5 ވަނަ މާއްދާގެ ދަށުން ދެފަރާތުގެ ދެމެދުގައި އުފެދޭ ހުސޫމާތެއް، ދެބަސްވުމެއް ނުވަތަ ދަޢުވާއެއް ހައްލުކުރުމަށް ހުށަހަޅަންޖެހޭނީ ސިންގަޕޯރ އާބިޓްރޭޝަނަށްކަމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށެވެ. އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަ:

12އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާ ތަފްޞީލްކޮށް އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާއާ ގުޅިގެން ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްސީލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލާސާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛

1.12- އިސްތިއުނާފީ ނުކުތާގެ ތަފްސީލްގައި އިސްތިއުނާފކުރު ފަރާތުން ބުނެފައިވަނީ، ދެފަރާތްދެމެދުވެފައިވާ ސެޓްލްމަންޓް އެގްރީމަންޓްގެ 1 ވަނަ މާއްދާގެ ދަށުން، އިސްތިއުނާފުކުރާ ފަރާތުން ރަށްފަޅު ހުރާގެ "އައިލެންޑް 2" ތަރައްޤީކޮށް މެނޭޖްކުރުމަށް ފޯރުކޮށްދީފައިވާ ޙިދުމަތްތަކަށް އިސްތިއުނާފު ރައްދުވާ ފަރާތުން ދައްކަންޖެހޭ ޖުމްލަ ފައިސާގެ ތެރެއިން USD$288,000.00 (ދެލައްކަ އައްޑިހަ އައްހާސް އެމެރިކާ ޑޮލަރު) ދެއްކުމަށް އަންގައި އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް 4 އޭޕްރީލް 2019 ގައި ފޮނުވި އިންވޮއިސްއަށް އިސްތިއުނާފު ރައްދުވާފަރާތުން ފައިސާ ދައްކާފައިނުވާތީ، ސެޓްލްމަންޓް އެއްބަސްވުމުގެ ދަށުން އަރަމުންދާ އިންޓްރެސްޓްގެ ފައިސާ 15 ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގައި ޑިމާންޑް ސިޓީއެއް ފޮނުވިކަމަށެވެ. ނަމަވެސް އެސިޓީއާއި އެއްގޮތަށްވެސް އިސްތިއުނާފު ރައްދުވާ ފަރާތުން ފައިސާ ދައްކާފައިނުވާތީ ކުންފުންޏާބެހޭ ޤާނޫނުގެ 80 ވަނަ މާއްދާގެ (ހ) ގ (3) ވަނަ ނަންބަރުގެ ދަށުން، އެ ކުންފުންޏެއްގެ ދަރަނި އަދާނުކުރެވޭނެ ކުންފުންޏެއްކަމަށް ބަލައި، ކުންފުނި އުވާލުމުގެ އަމުރަކަށް އެދިފައިވާނެކަމަށެވެ.

2.12- މިގޮތުން، ކުންފުންޏާބެހޭ ޤާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު އަދި 80 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރަށް ރިޢާޔަތްކޮށް ކުންފުންޏެއް އުވާލުމުގެ އިހުތިސާސް ދިވެހިރާއްޖޭގެ ކޯޓުތަކަށް ލިބިގެންވާކަމަށެވެ. މީގެއިތުރުން އިސްތިއުނާފު ރައްދުވާ ކުންފުންޏަކީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުންޏެއްކަމަށާއި، އެކުންފުންޏަށް ތަޠުބީޤުކުރެވޭނީ ދިވެހިރާއްޖޭގެ ޤާނޫނުތައްކަމަށާއި، ސިންގަޕޫރުގެ އާބިޓްރޭޝަންއިނ މައްސަލް ބެލުމަށްފަހު ސިންގަޕޫރުގެ ޤާނޫނތަކުގު ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް އުވާލުމަށް އާބިޓްރަލް އެވޯރޑެއް ނެރެނުދެވޭނެކަމަށެވެ. އެހެންކަމުން، ސިވިލް ކޯޓުން މައްސަލަ ނިންމިއިރު، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ކަންތައްތަކަށް ރިޢާޔަތްކުރުމެއްނެތި، ސެޓްލްމަންޓް އެގްރީމަންޓްގެ 5 ވަނަ މާއްދާގެ ދަށުން އެގްރީމަންޓާއި ގުޅިގެން އުފެދޭ ހުސޫ މާތެއ ދެބަސްވުމެއް ނުވަތް ދައުވާއެއް ޙައްލުކުރުމަށް ހުށަހަޅަންޖެހޭނީ ސިންގަޕރޫ އާބިޓްރޭޝަނަށކަމްށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށްކަމަށެވެ.

އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް

13އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 4400/Cv-C/2019 ޤަޟިއްޔާގައި ސިވިލަ ކޯޓުން ކޮށްފައިވާ ޙުކުމަކީ ދިވެހިރާއްޖޭގެ ކުންފުންޏާއިބެހޭ ޤާނޫނާއި ޚިލާފު ނިންމުމެއްކަމަށްވާތީވެ، އެދަޢުވާއާއި ގުޅިގެން ކޮށްފައިވާ ޙުކުމް ބާޠިލްކޮށްދެއްވައި، ކުންފުންޏާބެހޭ ޤާނޫނުގެ 80 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން އިސްތިއުނާފު ރައްދުވާ ކުންފުނި ކޯޓު މެދުވެރިކޮށް އުވާލުމުގެ އަމުރެއް ނެރެދިނުމަށާއި، އިސްތިއުނާފުކުރާ ފަރާތަށް އިސްތިއުނާފު ރައްދުވާ ފަރާތުން ދައްކަންޖެހޭ ދަރަންޏާއިމެދު ޢަމަލުކުރާނެ ގޮތެއު ނިންމަވާދީ ހުކުމްކޮށްދެއްވުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ދިން ރައްދު:

14އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބު ތަފްޞީލްގޮތެއްގައި ލިޔުމުން ހުށަހަޅާފައިވެއެވެ. އަދި މިމައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާތަކާއި ގުޅިގެން ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކާފައިވެއެވެ. އެވާހަކަތައް ތަފްޞީލުކޮށް ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމެނޭނެތީ، ޚުލާޞާ ގޮތެއްގައި އެކަންކަން ފާހަގަކުރަމެވެ.

1.14- އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފީ ދަޢުވާ ބިނާވާ އެއްބަސްވުމަކީ އިސްތިއުނާފުކުރާ ފަރާތާއި ޕީ.ޖީ.އޭ ލޭންޑް ލިމިޓެޑް އާއި ދެމެދު 04 ޖަނަވަރީ 2019 ގައި ވެފައިވާ އެއްބަސްވުމެއްކަމަށެވެ. އަދި ޑިމާންޑް ނޯޓިސް ބިނާކޮށްފައިވަނީ މިއެއްބަސްވުމުގެ މައްޗަށްކަމަށެވެ. ޑިމާންޑް ނޯޓިސް އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިފައިނުވާކަމަށެވެ. އަދި ދަޢުވާގައި ބަޔާންކުރާ ފައިސާއަކީ އިސްތިއުނާފު ރައްދުވާ ފަރާތުން ދައްކަންޖެހޭ ފައިސާއެއްކަމާއިމެދު އިޢުތިރާޞުކުރާކަމަށެވެ. މިހާލަތުގައި އެފައިސާ އަކީ އިސްތިއުނާފު ރައްދުވާ ފަރާތުން ދައްކަންޖެހޭ ފައިސާއެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅަންޖެހޭކަމަށެވެ.

2.14- ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 80 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުންފުންޏެއް އުވާލުމުގައި ދެ ޙާލަތެއް ބަޔާންކޮށްފައިވާއިރު، އެއީ ދަރަންޏެއް ކޯޓަކަށް ސާބިތުކޮށް ޙުކުމާ އެއްގޮތަށް ދަރަނި ނުދެއްކޭ ޙާލަތާއި، ދަރަންޏެއް ކޯޓަކަށް ސާބިތުވުމުގެ ކުރީގެ ޙާލަތްކަމަށެވެ. މިގޮތުން ސާބިތުނުވެ އޮތް ދަރަންޏެއް ނުދައްކައިގެން ކުންފުނި އުވާލަން ކޯޓަށް ހުށަހެޅޭ މައްސަލައެއްގައިވެސް، ކުންފުނި އުވާލުމުގެ އަމުރެއް ނެރުމުގެ ކުރިން އެދަރަންޏަކީ ދައްކަންޖެހޭ ދަރަންޏެއްކަން އެމައްސަލާގެ ބޭނުމަށް އެ މައްސަލާގެ ތެރެއިން ސާބިތުކރަންޖެހޭކަމަށެވެ.

3.14- ދައުވާގައި ބުނާ އެއްބަސްވުމުގެ 5 ވަނަ މާއްދާގައި ސެޓްލްމަންޓް އެއްބަސްވުމުގެ މައްޗަށް ހިނގާނީ ސިންގަޕޫރުގެ ޤާނޫނުކަމަށާއި، އެއްބަސްވުމާއި ގުޅިގެން އެއްވެސް ޑިސްޕިއުޓެއް، ޚިޔާލުތަފާތުވުމެއް ނުވަތަ ދައުވާއެއް އުފެދިއްޖެނަމަ އެފަދަ ކަމެއް ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ ސިންގަޕރޫ އިންޓަރނޭޝަނަލް އާރބިޓްރޭޝަން ސެންޓަރުގެ އުސޫލްތަކާ އެއްގޮތަށް ސިންގަޕޫރުގެ އާބިޓްރޭޝަނަކަމަށް ބާޔާންކޮށްފައިވާކަމަށެވެ. އަދި ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ނ) ގައިވެސް އެއްބަސްވުމެއްގައި އޮންނަ އެއްވެސް މާއްދާއަކުން ތަޙްކީމްގެ އުސޫލަށް ޢަމަލުކުރަން ކޮންޓްރެކްޓގް އޮންނަނަމަ އެމާއްދާއަކީ ޤާނޫނު ހުއްދަކުރާ މާއްދާއެއްކަމަށް ބަޔާންކޮށްފައިވާކަމަށެވެ. އެހެންކަމުން، މިކަންކަމުގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުން ނިންމި ނިންމުން ކުންފުންޏާބެހޭ ޤާނޫނުގެ 80 ވަނަ މާއްދާގެ (ށ) އާ ޚިލާފުވާގޮތެއް ނުވަތަ އެނޫންވެސް ޤާނޫނީ އުސޫލަކާ ޚިލާފުވާގޮތެއް އިސްތިއުނާފުކުރާ ފަރާތަށް ބަޔާންކޮށްދެވިފައިނުވާކަމަށެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް

15އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 4400/Cv-C/2019 ޤަޟިއްޔާގައި އެކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ނުވަތަ ބާޠިލްކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅުއްވާދެއްވައި، ދައުވާގައި ބަޔާންކުރާ ފައިސާއާ ގުޅިގެން ޢަމަލުކުރަން މިހިނދުގައި ކޯޓަށް ކުރެވެން އޮތް އަމުރަކީ އެފައިސާއ ގުޅިގެނާ އުފެދިފައިވާ ދެބަސްވުމުގ މައްސަލެ އެއްބަސްވުމާ އެއްގޮތަށް އާބިޓްރޭޝަނގް އުސޫލުގެ ތެރެއިން ގޮތެއް ކަނޑައެޅުންކަމުގައި ކަނޑައަޅުއްވާދެއްވައި، މިމައްސަލައަކީ މައުޟޫއީ ގޮތުން ދަށު ކޯޓުގައި ބެލިފައިވާ މައްސަލައަކަށް ނުވާތީ މައުޟޫއީ ނުކުތާތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައެޅެން ނެތްކަމަށް އަމުރުކޮށްދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން:

16މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 4400/Cv-C/2019 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެމައްސަލަ އިސްތިއުނާފުކުރުމަށް ޓޮމްލިންސަން ޕްރޮޕަޓސީގެ ފަރާތުން ހުށަހަޅާފައިވާ ނުކުތއަށާ އ، އެނުކުތާ އާ އާ ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.

17މިޤަޟިއްޔާގައ އިސްތިއުނާފުކުރި ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާއި ދެމެދު ވެފައިވާ ސެޓްލްމަންޓް އެގްރީމެންޓްގެ 5 ވަނަ މާއްދާގެ ދަށުން ދެފަރާތުގެ ދެމެދުގައި އުފެދޭ ޚުޞޫމާތެއް، ދެބަސްވުމެއް ނުވަތަ ދަޢުވާއެއް ޙައްލުކުރުމަށް ހުށަހަޅަންޖެހޭނީ ސިންގަޕރޫ އާބިޓްރޭޝަނަށް ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާ ބުނުމަކީ ރނަ ގަޅު ބުނުމެއް ނޫނެވެ.

18HN1HN2އެހެނީ، ކޮންޓްރެކްޓަކީ ދެ ޝަޚުޞުންގ ނުވަތެ އެއަށްވުރެ ގިނަ ޝަޚުޞުންގެ މެދުގައި، ކަމެއްކުރުމުގެ ނުވަތަ ކަމެއް ކުރުމުން މަނާވެގަތުމުގ ޤާނޫނެ އިލްތިޒާމު އުފުލުމަށް ވެވޭ އެއްބަސްވުމެވެ. އެފަދަ އެއްބަސްވުމެއް މައުޟޫޢީގޮތުން އެކުލަވާލުމުގެ ފުރިހަމަ ބާރާއި އިޚުތިޔާރު "މަބްދައު ސުލްޠާނުލް އިރާދާ" (freedom of contract) ގެ ދަށުން ކޮންޓްރެކްޓުގެ ބައިވެރިންނަށް ލިބިގެން ވެއެވެ. އެފަދަ ބާރާއި އިޚުތިޔާރު ޤާނޫނީގޮތުން ޤައިދުކުރެވޭނެ ހަމައެކަނި ގޮތަކީ ކޮންޓްރެކްޓުގެ އެއްބަސްވުމަކީ "އަމުރުކުރުވަނިވ ޤާނޫނި ޤާޢިދާ" tory rule)(peremp އަކާއި ނުވަތަ ދައުލަތުގެ ޢާންމު ނިޒާމާއި ޢާންމު އަދަބުތަކުގެ (public order and public decency) ޤާޢިދާ އަކާއި ޚިލާފު އެއްބަސްވުމަކަށް ވާނަމައެވެ. މި ޢާންމު އުޞޫލުގެ ދަށުން ކޮންޓްރެކްޓުގެ ރުކުންތައް ފުރިހަމަވެގެން އެކުލަވާލެވޭ ކޮންމެ ކޮންޓްރެކްޓެއް ރަނގަޅު ނިޔަތުގައި (in good faith) ތަންފީޒު ކުރުމަކީ އެކޮންޓްރެކްޓެއްގ ބައިވެރިންގެ މައްޗަށް ޤާނޫނީ ގޮތުން ލާޒިމްވެގެންވާ ކަމެކެވެ.

19ވީމާ ކޮންޓްރެކްޓުގެ ބައިވެރިންނަށް ލިބިފައިވާ ބާރާއި އިޚްތިޔާރުގެ މިނިވަންކަމުގެ ތެރެއިން، އެއެއްބަސްވުމުގައި ހިމަނާނެ ކަންކަމަކީ ކޮބައިކަން ކަނޑައަޅައި، އެގޮތަށް އެއްބަސްވުމަށްފަހު، އަލުން އެނބުރިއައިސް އެއްބަސްވިގޮތ ނޫން އެހެން ގޮތަކަށް ޢަމަލް ކުރުމަށު އުޅުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

20އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިގެންވާ މިދެންނެވި މިނިވަންކަމުގެ ތެރެއިން، އޭގެ ކުރިން ކޮށްފައިވާ އެހެން މުޢާމަލާތުތައް އެއްފަރާތްކޮށް އުފަން ކުރުވި އެއްބަސްވުމަކީ ސެޓްލްމަންޓް އެގްރީމެންޓެވެ. އެއެގްރީމެންޓުގެ 5 ވަނަ މާއްދާގައި ބަޔާންކުރަނީ؛ "IT IS HEREBY AGREED by the Parties that in consideration of the mutual ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:2009/SC-A/30 (ޙަސަން ޙަލީމް ވ. ހަރންގް ތްޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާގައި މހަމަތައި ބަޔާން ކޮށްފައިވެއެވެ. ސެޓްލްމަންޓް އެގްރީމެންޓްގެ "ސެޓްލްމަންޓް" ގެ 7 ވަނަ މާއްދާ "General" މި ސުރުޚީގެ (a) ގެ ދަށުގައި ބަޔާން ކޮށްފައިވަނީ؛ “This Settlement Agreement constitutes the entire agreement between the Parties in connection with its subject matter and supersedes all prior representations, communications, negotiations and understanding concerning the subject matter of this Settlement Agreement” މިފަދައިންނެވެ. below to a full settlement of all matters and issues arising out of and in connection with the Development Management Services:

5. Applicable Law and Arbitration This Settlement Agreement shall be governed by and construed in accordance with the laws of Singapore. Any dispute, difference or claim arising out of or in connection with this Settlement Agreement shall be resolved by arbitration in Singapore in accordance with the Singapore International Arbitration Centre (“SIAC”) rules at the time being in force. The tribunal shall consist of a single arbitrator to be appointed in accordance with the SIAC rules. The arbitration shall be conducted in the English language and the award shall be final and binding on the Parties." މިފަދައިންނެވެ.

21HN5ވީމާ، މި ސެޓުލްމެންޓް އެގްރީމެންޓާއި ދެފަރާތުންކުރެ ފަރާތަކުން ޚިލާފުވެއްޖެކަމަށް އަނެއްފަރާތަށް ޤަބޫލުކުރެވިގެން، އުފެދޭ ދެބަސްވުންތަކާއި، ތަފާތުތަކާއި ދަޢުވާތައް ޙައްލު ކުރުމަށް ދެފަރާތް އެއްބަސްވެފައިވާ ގޮތަކީ، ސިންގަޕޫރު އާބިޓްރޭޝަން ސެންޓަރަށް އެކަމެއް ހުށަހަޅައިގެން، އެސެންޓަރުގެ ޤަވާޢިދުތަކާއި އެއްގޮތަށް، އާބިޓްރޭޓަރަކު ލައިގެން، އެކަން އެތަނުން ފައިޞަލާކޮށް ގޮތެއް ނިންމުމެވެ. އަދި އެތަނުން އެނިންމާ ގޮތަކީ އެންމެ ފަހުގެ ގޮތެވެ. އަދި އެއީ އެއްބަސްވުމުގެ ބައިވެރިންގެ މައްޗަށް ޢަމަލުކުރުން ލާޒިމް ގޮތެއް ކަމުގައި ވާނެއެވެ.

22HN4މިޙާލަތުގައި، " އެކުންފުންޏެއްގެ ދަރަނި އަދ ނުކުރެވޭނެ ކުންފުންޏެއް ކަމުގައި" އެކުންފުނި ވޭތޯ ނިންމޭނީ ސިންގަޕރޫ އާބިޓްރޭޝަނުން ދެފަރާތުގެ މެދުގައި އޮތްކަމަށް ބަޔާންކުރާ ޚުޞޫމާތް ބެލުމަށްފަހު ލިބިދެވޭ އެވޯޑަށް ބަލައިގެންނެވެ. ވީމާ، އިސްތިއުނާފުކުރާ ފަރާތުން ފޮނުވާފައިވާ ލެޓަރ އޮފް ޑިމާންޑަށް ބަލައިގެން، އިސްތިއުނާފު ރައްދުވާ ފަރާތަކީ، ދަރަނި އަދ ނުކުރެވޭނެ ކުންފުންޏެއް ކަމުގައި ކަނޑައެޅޭނެ ކަމަކަށް ބުރައެއް ނުވވެ އެވެ. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 80 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު. ޕީޖީއޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް 10 އޮކްޓބަރޯ 2019 ގައި ލިޔެ ފޮނުވި ކަމަށް ޓޮމްލިންސަން ޕްރޮޕަޓީސް ޕްރައިވެޓް ލިމިޓެޑުން ބުނާ "ލެޓަރ އޮފް ޑިމާންޑް". ޤާނޫނު ނަންބަރު:96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 80 ވަނަ މާއްދާގެ (ށ)ގައި ބަޔާން ކުރަނީ؛ ކޯޓުގެ އަމުރަކަށް 80. (ށ) އެކުންފުންޏެއްގެ ދަރަނި އަދ ނުކުރެވޭނެ ކުންފުންޏެއް ކުންފުނި އުވާލުން: ކަމުގައި، މިމާއްދާގެ (ހ) ގެ (3) ގެ ބޭނުމަށް، ކޯޓުން ބަލަންވާނީ އެކުންފުންޏަކުން -/0005 ރުފިޔާއަށްވުރެ ބޮޑު ޢަދަދެއްގެ ފައިސާ، އެއްވެސް ފަރާތަކަށް ދައްކަން އޮވެ، އެފަރާތަކުން އެފައިސާ ހޯދުމަށް އެކުންފންޏަކަށު ލިޔުމަކުން ހުށަހަޅާ ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެފައިސާ އެކުންފުންޏަކުން ދައްކާފައި ނުވުމުން، ނުވަތަ ޝަރީޢަތުގެ ފަރާތުން އެކުންފުނީގެ މައްޗަށް ދަރަންޏެއް ސާބިތުކޮށް، އެދަރަނި އަދާކުރުމަށް ކޯޓުން ޙުކުމް ކޮށްފައިވާ ގޮތާ އެއްގޮތަށް އެދަރަންޏެއްގެ ބައެއް، އެކުންފުންޏަކުން ދައްކާފައި ނުވުމުންނެވެ. މިފަދައިން ކަމަށްވާއިރު، " އެކުންފުންޏަކުން -/5000ރ. (ފަސްހާސް ރުފިޔާ) އަށްވުރެ ބޮޑު ޢަދަދެއްގެ ފައިސާ، އެއްވެސް ފަރާތަކަށް ދައްކަން އޮތްތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ، ޚުޞޫމާތް އުފައްދާ ފަރާތުން ބުނާ ބުނުމުގެ މައްޗަކަށް ނޫނެވެ. -/5000ރ (ފަސްހާސް ރުފިޔާ) އަށްވުރެ ބޮޑު ޢަދަދެއްގެ ފައިސާ އެކުންފުންޏަކުން ދައްކަން އޮތްތޯ ނުވަތަ ނޫންތޯ ބަލަންވާނީ، ފައިސާ ދައްކަން އޮތް ފަރާތް އިޤްރާރު ނުވާނަމަ، ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކުގެ މަތިން ޝަރީޢަތް ކޮށްގެންނެވެ. ދެފަރާތުން ވެފައިވާ ސެޓްލްމަންޓް އެގްރީމެންޓްގައި ބަޔާން ކޮށްފައިވެއެވެ؛ WHEREAS:

4. The Parties have now reached on a without prejudice and no admission of liability basis, a full and final settlement of all claims, disputes, allegations and/or issues arising out of and/or in connection with Development Management Services and DMS Fee, and agree to record the terms of the settlement in this Settlement Agreement. IT IS HEREBY AGREED by the Parties that in consideration of the mutual below to a full settlement of all matters and issues arising out of and in connection with the Development Management Services:

3. No Admission of Liability The Parties agree and acknowledge that neither this Settlement Agreement nor payment and/or receipt of the Settlement Sum, nor the fact of settlement shall be deemed or constructed in any case, action, proceeding or other legal event, in any court or tribunal, administrative agency or other adjudicative body as evidence of an admission of liability, concession presumption or inference of any fault, wrongdoing, negligence, wilful misconduct, intentional misconduct or fault of any kind whatsoever by any of the Parties but shall be construed strictly as a compromise of claim pertaining to the DMS Fee and the Development Managemnet Service and the state of condition of Island 2 and any works undertaken on or in connection with Island 2 by any party appointed by MESA RF and/or any of its Related Parties.

23ވީމާ، އިސްތިއުނާފު ރައްދުވާފަރާތުންވެސް ބަޔާންވެދިޔަ އެއްބަސްވުމުގެ ދަށުން، ލައިބިލިޓީއެއްގެ މައްޗަށް އިޤްރާރެއް ވެފައި އޮތްކަމަށް ނުބެލެވޭނެތީ، ދެފަރާތުގެ ދެމެދުގައި އޮތްކަމަށް ބަޔާންކުރާ ޚުޞޫމާތް ޙައްލުކުރުމަށް ދެފަރާތުން އެއްބަސްވެފައިވާ މަގުން ހިނގުން ނޫން ގޮތެއް އޮތްކަމަށް ބުރައެއް ނުވެވެއެވެ. އެހެނީ ހަމަ މިސެޓލްމްންޓް އެގްރީމެންޓްގައި ބަޔާންކުރެއެވެ؛ IT IS HEREBY AGREED by the Parties that in consideration of the mutual below to a full settlement of all matters and issues arising out of and in connection with the Development Management Services:

2. Releases b. PGA Land and MESA RF each undertake not to institute, commence or continue any proceedings (whether legal, winding up, adjudication, arbitral or otherwise) against the other Party anywhere in the world, arising out of or in relation to the Development Management Services and/or works undertaken on or in connection with Island 2 by any party engaged or appointed by MESA RF or any of its Related Parties, and shall take such steps as may be necessary as to ensure that no such proceeding are instituted, commence or continued.

24HN3ދެފަރާތުން ވަކް ގޮތަކަށް ޢަމަލު ކުރުމަށް އެއްބަސްވުމަށްފަހު، އެ އެއްބަސްވިގޮތާއި އެއްގޮތަށް ޢަމަލު ނުކޮށްގެން ދެން ކަންކުރާނެ ގޮތާއިމެދުވެސ ދެފަރާތް ވަކް ގޮތަކަށް އެއްބަސްވެފައިވާ ޙާލަތުގައި އެ ޙައްލު ހޯދަން މަސައްކަތް ކުރަންޖެހޭނީ، ދެފަރާތް އެއްބަސްވިގޮތަށެވެ. ވަކިގޮތަކަށް އެއްބަސްވުމަށްފަހު، އެނޫން އެހެން ގޮތަކަށް ޢަމަލު ނުކުރެވޭނެއެކޭ ނެތެއްނޫންހޭ ކިޔާފައި ޙައްލު ލިބެން އޮތް އެހެން ހުރިހާ ގޮތަކާއި ދިމާއަށް ދިޔުމަކީ ޤާނޫނީ ހަމައަކުން ބަލާއިރު ހަމަޖެހޭ ކަމެއް ނޫނެވެ.

25މިސާލަކަށް ވަކް އެއްބަސްވުމަކާއި ގުޅިގެނި ޢަމަލް ކުރާނީ، ނަމުން ކަނޑައަޅާ ވަކި ޤައުމެއްގެ ޤާނޫނުތަކަށޭ ބުނެ އަދި ދެބަސްވުންތައް ޙައްލު ކުރާނީ ވަކި އިޖުރާއަތެއްގެ ދަށުންކަމަށް ބަޔާންކޮށް، ލިޔުމަށްތިރިކޮށް އެގޮތްގޮތަށ ދެފަރާތުން އެއްބަސްވެފައި، ދިވެހިރާއްޖޭ ގެ ޤާނޫނުތައް މިއެއްބަސްވުމަކަށް ނުހިންގޭނެއެކޭ ނެތެއްނޫންހޭ ނުވަތަ ދިވެހިރާއްޖޭގެ ކޯޓަކަށް އެމައްސަލައެއް ހުށަނޭޅޭނެކޭ ނެތެއްނޫންހޭ ބުނެ، އެއްބަސްވިގޮތާއި ޚިލާފަށް ޢަމަލު ކުރުމުގެ ފުރުޞަތު ކޯޓުން ހުޅުވާލާނަމަ، އެއްބަސްވުމެއްވުމުގެ ބޭނުމެއް ޙަޤީޤަތުގައި ނެތެވެ. ދެފަރާތުން އެއްބަސްވިއިރު، އެކަމެއްގެ މައްޗަށް ވަކި ޤައުމެއްގެ ޤާނޫނުތައް ހިންގުމަށާއި އެކަމުގައި އުފެދޭ ދެބަސްވުންތައް ޙައްލު ކުރުމަށް ވަކި އިޖުރާއަތްތަކަކަށް އެއްބަސްވަނީ، އެއްބަސްވުމުގެ ބައިވެރިންގެ ނިޔަތް އެއްބަސްވުންވީއިރު އެގޮތުގެ މަތިން އޮތުމުން ކަމަށް ބަލަންޖެހެއެވެ. ވީމާ އެއެއްބަސްވުމަކީ ޣައިރުޤާނޫނީ އެއްބަސްވުމަކަށް ނުވާހާހިނދު، ބާރުދޭންޖެހޭނީ އެއްބަސްވުމަށެވެ.

ނިންމުން

26ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، މިމައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ޤާނޫނީ ސަބަބެއް އޮތްކަމަކަށް އަހުރެންނަކަށް ބުރައެއް ނުވެވެއެވެ.

ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު

27މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދުކުރަމެވެ.

ފަނޑިޔާރު ދީބާނާޒް ފަހުމގީ ރައުޔު

28މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދުކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

29މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚޞަ މުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ) 2021 / HC -A/l 06 ox:, :, 0,,,. _, 18 J"J_,,,...:>.,,,,.. J"-4..1"'~ ~ ., o,,, o,< 0,,,,,,,,,,,.,,,,. ,o~.,,,,, 4400/Cv-C/2019:J~;.;, J;t }-"~ ,_,,.,.7,,,,,r.,,- _,,.,_,,,.,,,, .A,SOOl>OI>~ .J'_,,.,,/10!> .,, .,, C:.GC.O~ C:. 0// OC:.>-, /0/ ~ / ox O > / ; / ,, ~ / :, :, ~ ,,,,. ox / ? 0 / .S(!.A,,,,,r ✓.}'~ ,,r,?V .A,?V ✓. ✓.A....,..., .J' A .,I ,,rV _,,., V ,SO ,?✓ _,,.,_,,.,.S V,?V ✓. .J'A.,1/'V .A.S,/1.A~J .,, .,, .,, ~ ? ,,,,, ,,,,,, ,,,,, o:,:, ,,,,,..,,,,.,,,. ,,,,. o,~ o c:.o,~ .,,. , .,,,,,,,,,. o.,,,, ,?V ✓. A;A t._,,.,V _,,.,J.,1.J"A.A .S_,,.,,,,,,r_,, t._,,.,/ .,? Of> _,?~A,?,? .,, .,, .,, .,, .,, .,, > o,> .,,,,.,,,,,. *o .,,, :,,,,,rv ,?V✓. A_,?• ft.A~.S,? # .,,,, .,,, .,,,,, +.? ✓.,.,,,.,I ~~.,,.,o~~""~? -"",~fl .,,,t..,,.,.,I.,,,, ~>?~.?,,,,,. .,,.,.,,,,~0 ,,,,, / ✓., ,,,,,r,/1,~.,,,,t..,,.,.,I.,,,, www-highcourt-gov-mv :;-;:;:...,;; info@highcourt-gov -mv

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ