ޭޢަލީ އިބްރާހީމް ވ. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 4186/Cv-C/2019
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޖިނާއީ ކުށަކާ ގުޅުވައިގެން ސިފައިންގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް، އެ ކުށް ޖިނާއީ ޝަރީޢަތެއްގައި ސާބިތުވެފައި އޮންނަން ޖެހޭތޯއާއި، ކްރިމިނަލް ކޯޓުން ކުށް ސާބިތުނުވާކަމަށް ނިންމިނަމަވެސް މަދަނީ މިންގަނޑުން ވަޒީފާއިން ވަކިކުރުން ޞައްޙަވާނެތޯއެވެ؛ އަދި ފުލުހުންނަށް ދިން ބަޔާނަށް ރިޢާޔަތްކުރުމަކީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޚިލާފުތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޤާނޫނުއަސާސީގެ 51 ވަނަ މާއްދާއަކީ ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހުންގެ ޙައްޤުތައް ބަޔާންކުރާ މާއްދާއެކެވެ؛ "އެކަށީގެންވާ ޝައްކެއްނެތް މިންވަރު" އިން ކުށެއް ސާބިތުވާންޖެހެނީ ޖިނާއީ މައްސަލައެއްގައި ޝަރީޢަތަށެވެ.
HN2 ވަޒީފާއިން ވަކިކުރުމަށް ނިންމާ ނިންމުންތަކަކީ މަދަނީ މިންގަނޑުން ބުރަވެ ނިންމާ ނިންމުންތަކެއް ކަމުން، އެފަދަ ނިންމުމަކާ ގުޅިގެން ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައްވެސް ނިންމަނީ ހުރިހާ ހެކި މަދަނީ މިންގަނޑުން ވަޒަންކޮށްގެންނެވެ.
HN3 ޖިނާއީ ތަޙުޤީޤާއި ދަޢުވާއާއި ކުށް ސާބިތުކުރުމަކީ ވަޒީފާދޭ ފަރާތުގެ ބާރެއް ނޫނެވެ؛ މުވައްޒަފަކު ވަޒީފާގެ ޤަވާޢިދާއި އުޞޫލުތަކާ ޚިލާފު ޢަމަލެއް ކޮށްފައިވާކަމަށް މަދަނީ މިންގަނޑުން ބުރަވެވިއްޖެނަމަ، އިދާރީ، ތައުދީބީ ނުވަތަ އިޞްލާޙީ ފިޔަވަޅު އެޅުމަކީ ވަޒީފާދޭ ފަރާތަށް އޮތް އިޚްތިޔާރެކެވެ.
HN4 ޢަމަލަކީ ޖިނާއީ ދަޢުވާއެއް ކުރެވޭފަދަ ޢަމަލެއް ނަމަވެސް، ވަޒީފާދޭ ފަރާތުން އިދާރީ ތަޙުޤީޤު ކޮށް ފިޔަވަޅު އެޅުމަށް، ތަޙުޤީޤު އިދާރާއެއް ނުވަތަ ދަޢުވާ ކުރާ ފަރާތެއްގެ ނިންމުމެއްގެ އިންތިޒާރުގައި ހުންނަން ނުޖެހޭނެއެވެ.
HN5 ވަޒީފާގައި އުޅުނު ފަރާތަކަށް ފިޔަވަޅު އެޅުމާ ގުޅޭ މައްސަލައެއްގައި ކޯޓުން ނުވަތަ ޓްރައިބިއުނަލުން ބަލާނީ، އަޅާފައިވާ ފިޔަވަޅަކީ މަދަނީ މިންގަނޑުން ރަނގަޅު ފިޔަވަޅެއްތޯއާއި، މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވޭތޯއެވެ؛ ޖިނާއީ ދަޢުވާއެއް ކުރެވި ސާބިތުވެފައިވުމަކީ ފުރިހަމަވާންޖެހޭ ޝަރުޠެއް ނޫނެވެ.
HN6 މަދަނީ މިންގަނޑުން ބަލާ މައްސަލައެއްގައި ގިނަ ހެކިތަކެއް ހުރެފައި ދަށު ކޯޓަށް ބުރަވެވުނު ނަތީޖާ ޤާނޫނީ ގޮތުން ގޯސްވަނީ ކޮންގޮތަކަށްކަން އިސްތިއުނާފުކުރާ ފަރާތުން ތަފްޞީލުކޮށް ބުނެދޭންވާނެއެވެ؛ އެކަން ނުކޮށް ލިޔުންތަކަށް ނުބަލާ ނިންމިކަމަށް ބުނުމަކުން އިސްތިއުނާފީ ބަހުސެއް ނުއުފެދެއެވެ. އަދި އިޢުތިރާފީ ބަޔާނަށް އެކަނި ބުރަނުވެ އެހެން ހެކިތަކަށް ރިޢާޔަތްކޮށް ނިންމާފައިވާނަމަ، އެއީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޖަޢުފަރު ރަޝީދު
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޙައްމާދު ވާފިރު، ސަހުނާ ޢަބްދުއްޞަމަދު، އެޓަރނީ ޖެނެރަލްގެ އޮފީސް
- ބެންޗު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޙުޒައިފާ މުޙައްމަދު، ޢަބްދުލްމާނިޢު ޙުސައިން
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: ޙުޒައިފާ މުޙައްމަދު، ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔު
މައްސަލައިގެ ތަޢާރުފު
1މިއީ ސިވިލް ކޯޓުގެ ނަންބަރު 4186/Cv-C/2019 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ، ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބުނެ ޅ. ހިންނަވަރު / އާރާމްގެ، ޢަލީ އިބްރާހީމް (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "ޢަލީ އިބްރާހީމް")ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި އިސްތިއުނާފު ރައްދުވާ ފަރާތަކީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ (މީގެ ފަހުން "ދިވެހި ދައުލަތް" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް")ގެ މައްޗަށެވެ.
ކަންހިނގާފައިވާ ގޮތް
22011 އޮގަސްޓް 30 ވަނަ ދުވަހުގެ ރޭ ލ.ކޯޕްރަލް ޢަލީ އިބްރާހީމް އާއި ޕްރައިވެޓް ސާއިބ އިބްރާހީމް އާއި ޕްރައިވެޓް ޙުސައިން މާހިރު، […] ގޭގައި ދިރިއުޅެމުންދިޔަ ބިދޭސީން ތަކަކަށް ބިރުދައްކައި އެމީހުންގެ ހަށިގަނޑާއި ދިރިއުޅޭ ތަނުގައި ހުރި ތަކެތި ޗެކްކޮށް އެމީހުންގެ އަތުން ފައިސާ އާއި ޑޮލަރު އަތުލާފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލަ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މިލިޓަރީ ޕޮލިހުން ތަޙުޤީޤުކޮށްފައިވެއެވެ.
3މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މިލިޓަރީ ޕޮލިހުން މައްސަލަ ނިންމާފައިވަނީ އަންނނިވި ފަދައިންނެވެ. "ދެންފަހެ މަތީގައި ބަޔާންވެދިޔަ އެންމެހާ ނުކުތާތަކަށް ރިޢާޔަތް ކުރުމަށްފަހު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ލ.ކޯޕްރަލްގެ ވަޒީފާ އަދާކުރަމުންދާ ޅ. ހިންނަވަރު / އާރާމްގެ، ޢަލީ އިބްރާހީމް (ސނ 5535 / ) އާއި ޕްރައިވެޓެއްގެ ވަޒީފާ އަދާކުރުމަންދާ ކ. ގާފަރު / ނޫވިނަ، ސާއިބު އިބްރާހމީ )ސނ. 6393 / ) އާއި ޕްރައިވެޓެއްގެ ވަޒީފާ އަދާކުރަމުންދާ ލ. މުންޑޫ / ފޭރުމާގެ، ޙުސައިން މާހިރު (ސނ. 6592 / ) 2011 އޯގަސްޓް 30 ވީ ދުވަހުގެރޭ […] ދިރިއުޅެމުންދިޔަ ބިދޭސީން ތަކަކަށް ބިރުދައްކައި އެމީހުންގެ ހަށިގަނޑާއި ދިރިއުޅޭ ތަން ޗެކްކޮށް އެމީހުންގެ އަތުން ފައިސާއާއި ޑޮލަރު އަތުލާފައިވާ މައްސަލައިގައި 2012 ޖުލައި 01 ވީ ދުވަހު މިލިޓަރީ ޕޮލިހަށް ޢަލީ އިބްރާހީމް އާއި ސާއިބ އިބްރާހީމު އާއް ޙުސައިން މާހިރު ދީފައިވާ ބަޔާނުގައި މިއަމަލު ހިނގާފައިވާކަމަށް އިންކާރު ކޮށްފައިވީނމަވެސަ 2011 ސެޕްޓެމްބަރު 13 ވީ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޢަލީ އިބްރާހީމް އާއި ޙުސައިން މާހިރު ދީފައިވާ ބަޔާނުގައި މި ޢަމަލު ހިންގިކަމަށް އިޢުތިރާފު ވެފައިވުމާއި، މިޢަމަލުގައި ސާއިބ އިބްރާހީމް ބައިވެރިވެފައިވާކަމަށް މި މައްސަލައިގެ ތަޙްޤީޤުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޙާޟިރު ކުރެވުނު ފަރާތްތަކުން ހެކިދީފައިވުމުން މިޢަމަލަކީ އެއްވެސް ޝައްކެއްނެތް މިންވަރަށް މިފަރާތްތަކުން ހިންގާފައިވާ ޢަމަލެއްކަމަށް ސާބިތުވާތީ، މި ޢަމަލަކީ ޤާނޫނު ނަންބަރު 2008/1 ސިފައިނގް ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) އާއި 8 ވަނަ މާއްދާގެ
(ހ)،(ށ)،(ނ)،(ރ) އާއި ގަވާއިދު ނަންބަރު: SR 101-MNDF ސިފައިންގެ އާންމު ގަވާއިދުގެ ދެވަނަ ބާބުގެ 1 ވަނަ މާއްދާގެ
(ބ)،(ޅ)،(އ)،(ވ) އާއި ޚިލާފު ޢަމަލަކަށްވުމުން، ގަވާއިދު ނަންބަރު SR 109-MNDF ސިފައިން ކުރާ ކށުތަކަށ އިދާރް އަދަބު ދިނުމާބެހޭ ގަވާއިދުގެ ދެވަނަ ބާބުގެ 2 ވަނަ މާއްދާގެ (6) ވަނަ ނަންބަރާއި 3 ވަނަ މާއްދާގެ (5) ވަނަ ނަންބަރަށް ރިޢާޔަތްކޮށް، ޅ.ހިންނަވަރު / އާރާމްގެ، ޢަލީ އިބްރާހީމް (ސނ 5535 / ) އާއި ކ.ގާފަރު / ނޫވިނަ، ސާއިބ އިބްރާހީމު ސނ. 6393 / ) އާއި ލ.މުންޑޫ / ފޭރުމާގެ، ޙުސައިން މާހިރު (ސނ. 6592 / ) މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ވަޒީފާއިން ވަކިކޮށް މިކަން މިފަރާތްތަކުގެ ރެކޯރޑް ފައިލްގައި ފާހަގަކުރުމަށް ކަނޑައަޅައި މައްސަލަ ނިންމީމެވެ."
4އިސްވެ ބުނެވުނު ފަދައިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މިލިޓަރީ ޕޮލިހުން ނިންމުމާ ގުޅިގެން 01 ސެޕްޓެނބަރް 2012 ގައި ޢަލީ އިބްރާހީމް ވަޒީފާއިން ވަކިކޮށްފައިވެއެވެ.
5ޢަލީ އިބްރާހީމް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި ވަޒީފާ އަދާކުރަމުންދަނިކޮށް، އެއްވެސް އަސާސެއް ނެތް ތުހުމަތެއްކޮށް، ސިފައިންގެ ޤާނޫނުގެ 31 ވަނަ މާއްދާއާ ޚިލާފަށް 01 ސެޕްޓެންބަރު 2012 ގައި ވަޒީފާއިން ވަކިކޮށްފައިވާތީ، ޢަލީ އިބްރާހީމް ވަޒީފާއިން ވަކިކުރީ ޤާނޫނާއި ޚިލާފަށްކަމަށާއި، ވަޒީފާގައި ދެމިހުރިކަމަށް ކަނޑަޅައިދިނުމާއެކު، 01 ސެޕްޓެންބަރު 2012 އިން ފެށިގެން ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ލިބެންޖެހޭ މަޤާމުގެ ކުރިއެރުންތަކާއި، މުސާރައާއި ޢިނާޔަތްތަކަށް ލިބެންޖެހޭ ކރިއެރުންތަކާއެކު، 01 ސެޕްޓެންބަރު 2012 އިން ފެށިގެން ޙުކުމް ކުރުމާ ހަމައަށް ލިބެންޖެހޭ މުސާރައާއި އެންމެހާ ޢިނާޔަތްތަކާއި، އެއްވެސް އަސާސެއްނެތް ތުޙުމަތެއްކޮށ ވަޒީފާއިން ވަކިކޮށްފައިވާތީ، އެކަމުން ބަރީޢަވުމަށް ހޭދަކުރަންޖެހުނު -150,000/ރ. (އެއްލައްކަ ފަންސާސްހާސް ރުފިޔާ) އެކީ އެއްފަހަރާ ހޯދުމަށް އެދި، ޢަލީ އިބްރާހީމްގެ ފަރާތުން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ނަންބަރު I/2012/58-(2)PM (01 ސެޕްޓެންބަރު 2012) ވަޒީފާއިން ވަކިކުރި ޗިޓް މޯލްޑިވްސް ނޭޝަނަލް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވެއެވެ. އެ މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 4186/Cv-C/2019 ޤަޟިއްޔާއިންނެވެ.
ސިވިލް ކޯޓގު ޙުކުމް
6ސިވިލް ކޯޓުގެ ނަންބަރު 4186/Cv-C/2019 ޤަޟިއްޔާގައި އެ ކޯޓުން ނިންމާފައިވަނީ: "ދެންފަހެ، އިސްވެދިޔަ ބަޔާންތަކާއި، ފާހަގަ ކުރެވުނު ނުކުތާތަކާއި ހުށަހެޅިފައިވާ ލިޔުންތަކާއި، ކަމާގުޅޭ ޤާނޫނުތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ދަޢުވާކުރާ ޅ.ހިންނަވަރު، […] ޢަލީ އިބްރާހީމް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ޑިފެންސް ފޯސްގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ، ސިފައިންގެ ޤާނޫނުގެ 31 ވަނަ މާއްދާއާ ޚިލާފަށްކަން، ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާން ނެތަތީ، ދަޢުވާކުރާ ފަރާތުން އެދިފައިވާ ގޮތަށް ވަޒީފާ އަނބުރާ އިޢާދަކޮށްދިނުމަށާއި، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން މުސާރަ އާއި ޢިނާޔަތްތައް ދިނުމަށް، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ މައްޗަށާއި، ދިވެހި ދައުލަތުގެ މައްޗަށް ޝަރީޢަތުން އަންގައި އަމުރު ކުރާނެ ތަނެއް ނެތްކަމުގައި، ކަނޑައަޅައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް
7ސިވިލް ކޯޓުގެ ނަންބަރު 4186/Cv-C/2019 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެ މައްސަލަ އިސްތިއުނާފުކުރުމަށް އެދި ޢަލީ އިބްރާހީމްގެ ފަރާތުން 03 (ތިނެއް) ނުކުތާ ހުށަހަޅާފައިވެއެވެ.
1.7 ފުރަތަމަ ނުކުތާއަކީ، ޢަލީ އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ ސިވިލް ކޯޓުން ނިންމުމުގައި މައުޟޫޢީ ގޮތުން ބ ލާފައަ ވަނި ހުށަހަޅާފައިވީ ކަންކަމުގެ ބަދަލުގައި ޢަލީ އިބްރާހީމް ކުށެއްކޮށްފައިވޭތޯ ނުވަތަ ނޫންތޯ ބެލުމުގެ މައްޗަށްކަމުގައިވެފައި މިކަމަކީ ކްރިމިނަލް ކޯޓުން މައްސަލަ ބަލައި ޢަލީ އިބްރާހީމްގެ މައްޗަށް ކޮށު ސާބިތުނުވާކަމަށް ކަނޑައަޅާފައިވް ކަމަކަށްވުމުން ސިވިލް ކޯޓުން އެ ނިންމުން ބަލއިގެންފައިނުވުމަކީ ޤާނޫނުއަސާސަ ގ 51 ވަނަ މާއްދާގެ (އ) އާ ޚިލާފަށް ކޮށްފައިވާ ރިޢާޔަތް ކުރެއްމެއްކަމުގައ ބުނި ހުށަހެޅި ނުކުތާއެވެ.
2.7 ދެވަނަ ނުކުތާއަކީ، ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި ފުލުހުންގެ ތަޙުޤު ޤށް ޢަލީ އިބްރާހީމް ދީފައިވާ ބަޔާނުގެ މައްޗށަ ރިޢާޔަތް ކުރައްވައިގެން މި މައްސަލަ ނިންމަވާފައިވުމަކީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޚިލާފު ނިންމާ މެއް ކަމުގައި ބުނެ ހުށަހެޅި ނުކުތާއެވެ.
3.7 ތިންވަނަ ނުކުތާއަކީ، މި މައްސަލައިގައި ތަޙުޤީޤަށް ދީފައިވާ ބަޔާންތަކާއި ހުށަހެޅުނު ހެކިތަކުން ދަޢުވާ ކުރެވުނު ފަރާތުގެ މައްޗަށް ތުހުމަތު ކުރެވުނު ކުށާއި ދަޢުވާ ކުރާފަރާތާއި ގުޅުވޭނެ އެކަށީގެންވާ ހެކި ހުރިކަމަށް ޝަރީޢަތަށް ފާހަގަ ކުރެވުނު ނުކުތާތަކުގެ ތެރެއިން 5 ވަނަ ނުކުތާގައި ބުރަވެފައިވަނީ މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން ފެންނަން ހުރި ކަންކަމަށް ބެލުމަކާއި ނުލައި ކަމުގައި ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކުގެ ތަފްސީލުގައި އިސްތިއުނާފު ކުރާ ފަރާތުން ދައްކާފައިވާ ވާހަކަ
8ފުރަތަމަ އިސްތިއުނާފީ ނުކުތާ ތަފްސީލުކުރަމުން، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފަށް ކޮށްފައިވާ ރިޢާޔަތް ކުރުމެއްކަމަށް ޢަލީ އިބްރާހީމް ދެކޭ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް އިދާރީ އަދަބެއް ދިނުމަށް ވިޔަސް ކުށަކާއި އެމީހަކާއި ގުޅުވާނަމަ އެމީހަކު އެކުށެއް ކުރިކަމުގެ މައްޗަށް ބުރަވެވޭފަދަ ހަރުދަނާ ހެކި ޤަރީނާ ހުރެގެން މެނުވީ އެއްވެސް މީހަކަށް އަދަބެއް ކަނޑައެޅުމަކީ ޤާނޫނުއަސާސީގެ 51 ވަނަ މައްދާގެ (އ) އާއި ޚިލާފުކަމެއް ކަމަށެވެ. އެގޮތުން އިދާރީ އަދަބު ދިނުމުގައި މަދަނީ މިންގަނޑުން ވަޒަންކުރި ނަމަވެސް ޖިނއާ މައްސަލައަކާ ގުޅުވާނަމަ އެ މައްސަލައިގެ ކުށުގެ އަމަލު ހިންގިކަމުގެ މައްޗަށް އެކަށޭނެ ހަރުދަނާ ހެކި ގަރީނާ ހުރެގެން މެނުވީ ޖިނާއީ ކުށަކާއި ގުޅުވައިގެން އިދާރީ އަދަބު ދެވިގެން ނުވާނެކަމަށެވެ. އެހެންކަމުން ޖިނާއީ ކުށަކާ ގުޅުވައިގެން އިދާރީ ފިޔަވަޅު އަޅާނަމަ، ޖިނާއީ ފުރިހަމަ ތަޙުޤީޤއެ ކުރެވި އެމީހެއްގެ މައްޗަށް ދަޢުވާ ކުރެވި އެމީހެއްގެ މައްޗަށް ކުށް ސާބިތުވެފައި އޮންނަން ޖެހޭނެކަމަށެވެ. ނަމަވެސް މި މައްސަލައިގައި ޢަލީ އިބްރާހީމްގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ މަދަނީ ނުވަތަ ސުލޫކީ މައްސަލައަކށަ ނުވާއިރު ޖިނާއީ ކުށެއްގެ މައްޗަށް އެ ކުށެއް ކުރިކަމަށް ބަލައިގެން އަދަބެއް ދެވެންވާނީ ފުރަތަމަ އެކުށުގެ އުނސުރް އޭނާގެ ކިބައިގައި ފުރިހަމަ ވެފައި އޮތް މިންވަރަށް ދަލީލު ލިބިގެންކަމަށެވެ.
9އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްސީލުގައ މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ތުހުމަތުކުރެވުނުމީހާ ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފު ފިޔަވައި އެހެން އިޢުތިރާފުތަކަކީ ހެއްކެއް ކަމުގައި ނުބެލެވޭނެކަމަށާއި އަދި މީހަކަށް މަޖުބޫރުކޮށްގެން ބަޔާން ހޯދުމާއި ޤާނޫނާއި ޚިލާފަށް ހެކި ހޯދުމަކީވެސް އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫންކަން ބަޔާންކޮށްފައިވާކަމަށެވެ. މިހެން ބަޔާންކޮށްފައި އޮތުމުން ޖިނާއީ ދައުވާ އުފުލި ޝަރީޢަތް ކުރެވި މައްސަލަ ނިންމުމުގައި ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ބަޔާންކުރާ ހަމަ ޤަބޫލުކޮށްފައިވާއިރު، އެ ހަމައާއި އިދިކޮޅަށް ސިވިލް ކޯޓުން ބުރަވުމަކީ މަދަނީ ދަޢުވާއެއްގެ ތެރެއިން ވިޔަސް އެއަށް ބާރު ލިބިދެވޭނެ އެކަށީގެންވާ ހެކި ޤަރީނާ ނެތީސް ކުރެވޭނެކަމެއް ކަމުގައި ޢަލީ އިބްރާހީމްގެ ފަރާތުން ނުދެކޭކަމަށެވެ. އަދި އެގޮތަށް ބުރަވުމަކީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއިން ލިބިދީފައިވާ ޙައްޤުން މަހްރޫމް ކރުވާކަމެއު ކަމަށެވެ. ޖިނާއީ މައްސަލައަކާއި މަދަނީ މައްސަލައެއް ސާބިތުކުރުމަށް އޮންނަ މިންގަނޑު ތަފާތުވިނަމަވެސް އެއްކަމެއްގެ މައްޗަށް މި ދެބާވތުގ މައްސަލެ ހިންގާނަމަ، އެ މައްސަލައިގެ ތެރޭގައި ހިމެނޭ އެއް ހެކި ޤަރީނާ ކަމަށްވެފައި ޝަރީޢަތުން ވަޒަންކުރުމުގައި ބުރަވާންޖެހޭނީ ކަމުގެ އަޞްލު ކުރިމަތީގައިއޮވެގެން ކަމަށެވެ. އެހެނ ޝަރުޢީ ޤާއިދާއެއް ކަމުގައިވާ "އަސްލުނެތި އެކަމެއްގެ ފަރުޢު ދެމި އޮތުމަކީ އެއީ ނުވާނެ ކަމެއްކަން" މި ޤާއިދާއަށް ބެލުމުންވެސް އެނގެން އޮންނަކަމަށެވެ. އެހެންކަމުން ޢަލީ އިބްރާހީމް އަދާކުރަމުންދިޔަ ވަޒީފާއިން ވަކކުރިކުރުން ބިނާކޮށްފައިވަނީ ފުލުހުންގެ ތަޙުޤީޤުގެ ބަޔާނުގެ މައްޗަށް ކަމަށްވުމީ ޤާނޫނުއަސާސީއާއި ޤާނޫނުން ލިބިދީފައިވާ ޙައްޤަށް އުނިކަން ލިބިދޭ ފަދައިން ނިންމާފައިވާ ނިންމުމެއްކަމަށެވެ.
10އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ތިންވަނަ ނުކުތާގެ ތަފްސީލުގައި ބުނެފައިވަނީ، ސިފައިންގެ ޤާނޫނުގެ 31 ވަނަ މާއްދާގައި، ސިފައިންގެ މީހަކު ވަޒީފާއިން ވަކިކުރުމުގެ ބާރު މިނިސްޓަރަށް ލިބިދީފައިވަނީ ހަމަ ހިތަކަށް ނޫންކަމާއި، ނަމަވެސް ވަޒީފާއަށް ފިލައިގެން ނުވަތަ އަޚްލާޤީ މައްސަލައެއް ދިމާވެގެން ނުވަތަ ކުށެއް ކޮށްގެން ނުވަތަ އެޤާނޫނާއި އެޤާނޫނުގެ ދަށުން ހަދާ ގަވާއިދަކާއި ޚިލާފުވެގެން ސިފައިންގެ ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު ލިބިދީފައިވީއިރު، މި މައްސަލައިގެ ޢަލީ އިބްރާހީމް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއަށް ފިލައިގެން ނޫންކަމާއި، އަދި އަޚްލާޤާ މައްސަލައެއްގައިވެސް ނޫންކަމާއި ނަމަވެސް ކުށެއް ކޮށްގެންކަމަށ ބުރަވެގެން ކަން މުޅި މައްސަލައިގެ ލިޔުންތަކަށް ބެލުމުން އެނގެން އޮންނަކަމާއި މިކަމަށް ދައުލަތުންވެސް އިންކާރު ނުކުރާކަމާއި، ޢަލީ އިބްރާހީމް ވަޒީފާއިން ވަކިކުރިކުރުން ގުޅިފައިވަނީ ޖިނާއީ ކުށަކާއި ގުޅިގެން ކަމާއި އޭނާ ވަޒީފާއިން ވަކިކުރުމަށްޓަކައި އެކުށް ކުރިކަމަށް ބެލި ނަމަވެސް އޭނާއަކީ އެ ތުހުމަތުން ބަރީޢަ ވެ ވެގެންވާ މީހެއްކަމަށް ކްރިމިނަލް ކޯޓުން މައްސަލަ ބައްލަވާ ކަނޑައަޅާފައިވާކަން އެ މައްސަލައިގެ ޙުކުމަށް ބެލުމުން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ. އަދި މި މައްސަލައިގައި ޢަލީ އިބްރާހީމްގެ މައްޗަށް ކުރެވުނު ތުޙުމަތުތަކާއި ގުޅިގެން އެކަށީގެންވާ ތަޙުޤީޤެއް ކުރުމަށްފަހު މިކުށް ކުރިކަމަށް މިލިޓަރީ ޕޮލިހަށް ބުރަވެވޭތީ، މިނިސްޓަރަށް ލިބިދވެ ބާރުގެ ދަށުން އޭނާ ވަޒީފާއިން ވަކިކުރިކަމަށް ނިންމނަމަވެސި މި މައްސަލައިގައި މިލިޓަރީ ޕޮލިހުން ތަޙުޤީގެއް ހިންގާފައިވަނީ މިހާދިސާ ހިނގިތާ އެތައް ދުވަހެއް ފަހުންކަމާއި ޢަލީ އިބްރާހީމް އަށް ބިރުދައްކައިގެން ފުލުހުންގެ ތަޙުޤީޤަށް ނަގާފައިވާ ބަޔާން ފިޔަވައި މިލިޓަރީ ޕޮލިހަށް އިތުރު އެއްވެސް ހެއްކެއް އަދި ޤަރީނާއެއް ވިޔަސް ލިބިފައިނުވާކަން މިލިޓަރީ ޕޮލިހުން ކުރި ތަޙުޤީގު ރިޕޯޓުގެ ތިންވަނަ ޞަފްޙާއަށ ބެލުމުން އެނގެން އޮންނަކަމަށެވެ. އަދި މިލިޓަރީ ޕޮލިހުގެ ތަޙުޤީގުގެ އަމާޒަކީ ރިޕޯޓުގައި ބަޔާންކޮށްފައިވާ ޢަމަލަކީ ޢަލީ އިބްރާހީމް ހިމެނޭހެން ތުޙުމަތުކުރެވުނު ތިން މީހުން ހިންގާފައިވާ ޢަމަލެއްތޯ ނުވަތަ ނޫންތޯ ބެލުންކަން އެރިޕޯޓުގެ ދެވަނަ ޞަފްހާގެ ފަސްވަނަ ނަންބަރުގައި ބަޔާންކޮށްފައިވާކަމަށެވެ. މި މައްސަލަ ތަޙުޤީޤަށް ޙާޟިރުކުރި މީހުންގެ ޢަދަދަކީ ތިނެއް ކަމާއި އެއީ ތުހުމަތު ކުރެވުނު ފަރާތްތައް އެކަނިކަމަށާއި، މި މައްސަލއިގަ ހާދިސާ ރިޕޯޓެއް ނެތްކަމަށާއި، ޓެކްނޮލޮޖގީ ހޯދމެއު ނުވާކަން އެނގެން އޮންނަކަމަށެވެ. އަދި ތަޙުޤީޤު ރިޕޯޓުގެ 07 ވަނަ ނަންބަރުގައި ހޯދުނު ހެކިތަކާއި ޤަރީނާތައް ބަޔާންކޮށްފައިވާއިރ ހެކީގެ ގޮތުގައި ބަލާފައިވަނީ ފުލުހުން ބިރުދައްކައިގެން ނަގާފައިވާ ބަޔާންތައް އެކަނިކަމާއި، އެހެން އެއްވެސް ޤަރީނާއެއް ހޯދާފައިނުވާކަން މި ރިޕޯޓުން ސާފުކޮށް އެނގެން އޮތްއިރު ޢަލީ އިބްރާހީމް މިކުށް ކުރި ކަމުގެ މައްޗަށް ހެކި ޤަރީނާ ލިބި އެކަންކަން ގުޅުވާލެވޭކަމަށް ބަޔާންކޮށްފައިވަނީ އެންމެ އިންސާފުވެރިކޮށް ނޫން ކަމަށެވެ. މިފަދައިން މިކަންކަން ހުރުމުން މި މައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަނު ޤާއިމުކުރެވިފައިވާކަމަކަށް ޢަލީ އިބްރާހީމްގެ ފަރާތުން ނުދެކޭކަމަށެވެ. އިސްތިއުނާފު ކުރާ ފަރާތުން އެދޭ ގޮތް:
11އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 4186/Cv-C/2019 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލްކުރުމާއެކު، ޢަލީ އިބްރާހީމްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 4186/Cv-C/2019 ޤަޟިއްޔާގައި އެދިފައިވާ ފ ދައިނ މައްސަލް ނިންމައިދިނުމަށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުން ދައްކާފައިވާ ވާހަކަތައް
12އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފުވާ ގޮތެއް އިސްތިއުނާފުކުރާ ފަރާތުން ބުނެދީފައިނުވާކަމަށެވެ. އަދި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާއަކީ ކުށެއް ކުރި ކަމުގެ ދަޢުވާ އުފުލިފައިވާ މީހުންނަށް ލިބިގެންވާ ޙައްޤުތައް ބަޔާންކުރާ މާއްދާއެއްކަމަށާއި، އަދި މި މާއްދާގައި ޖިނާއީ ދަޢުވާ ސާބިތުކުރުމުގެ މިންގަނޑާއި މަދަނީ މިންގަނޑުތައް ސާބިތުކުރަން އޮންނަ މިންގަނޑު ތަފާތުކަމަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު އަޙްމަދު ނަސީމް ވ. ސިވިލް ސަރވިސް ކޮމިޝަން ޤަޟިއްޔާގެ 20 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި އެހެނިހެން ޤާނޫނުތަކަށް ބެލުމުން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ކުށެއް ސާބިތުވާންޖެހޭނީ ޝަރީޢަތަށް ކަމާއި، އަދި އެމިންގަނޑަށް ސާބިތުވާންޖެހޭނ ޖިނާއީ ކުށް ކަމަށެވެ. އިސްތިއުނާފު މިކުރެވިފައިވާ މައްސަލައަކީ ޢަލީ އިބްރާހީމްގެ މައްޗަށް ތުހުމަތުކުރެވުނު އިދާރީ ކުށެއް އެމް.އެން.ޑީ.އެފް ގެ މިލިޓަރީ ޕޮލިހުންގެ ތަޙުޤީގުން ސާބިތުވާތީ، ވަޒީފާއިން ވަކިކޮށްފައިވާ މައްސަލައެއްކަމަށެވެ. އަދި މީގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެޓާރނީ ޖެނެރަލްގެ އޮފީސް ވ. ޢަލީ ނަޝީދު ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ފަދައިން ޑިސިޕްލިނަރީ ބޯޑުން ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާ މައްސަލައެއް ކޯޓަށް ހުށަހެޅިއްޖެނަމަ ބަލަންޖެހޭ ކަންކަން އެ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ކަމަށާއި، އިސްތިއުނާފު މިކުރެވޭ މައްސަލައިގައި ޢަލީ އިބްރާހީމްގެ މައްޗަށް ތުހުމަތު ކުރެވުނު ކުށް އެފަރާތުން ކުރިކަމަށް ބާރުދޭ ހެކިތަކާއި ޤަރީނާތައް އެމް.އެން.ޑީ.އެފް މިލިޓަރީ ޕޮލިހަށް ހުށަހެޅުނުކަމަށާއި، އަދި އޭނަގެ މައްޗަށް ކުރެވުނު ތުހުމަތުތައް ތަޙުޤީގު ކޮށްފައިވާކަމަށާއި، އަދި އެތުހުމަތ ކުރެވުނު ޢަމަލު "ބެލެންސް އޮފް ޕްރޮބަބިލިޓީ" މިންގަނޑުން ތަޙުޤީޤަށް ސާބިތުވެފައިވާކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އެޓަރނީޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޝަފީޤް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާގޮތުން މީހެއްގެ މައްޗަށް ޖިނާއީ މިންގަނޑުން ކަމެއް ސާބިތު ނުވުމަކީ އެމީހަކާމެދު އިދާރީގޮތުން ފިޔަވަޅެއް ނޭޅޭނެ ސަބަބެއް ނޫން ކަން އިސްވެ ބުނެވުނު ޤަޟިއްޔާއަށް ބެލުމުން އެނގެން އޮންނަކަމަށެވެ. އެހެންކަމުން ޢަލީ އިބްރާހީމްގެ މައް ޗަށް ޖިނާއީ ކުށް ސާބިތުނުވާކަމަށް ޙުކުމެއް ކޮށްފައި އޮތް އޮތުމަށް ރިޢާޔަތްކޮށްފައި ނުވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފު ނިންމުމެއް ނޫންކަމަށެވެ.
13އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅިގެން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޚިލާފުވާ ގޮތެއް އިސްތިއުނާފުކުރާ ފަރާތުން ބުނެދީފައިނުވާކަމަށެވެ. އެހެނީ ސުޕްރީމް ކޯޓުގެ އެޓާރނީ ޖެނެރަލްގެ އޮފީސް ވ. ޢަލީ ނަޝީދު ޤަޟިއްޔާގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން ފުލުހަކު ވަޒީފާއިން ވަކިކުރާ ޙާލަތްތަކުގައި ކޯޓުން ބަލަންޖެހޭ ކަންކަނު ކަނޑައަޅުއްވާ ފައިވާކަމަށެވެ. އަދި މީގެ އިތުރުން އަޙްމަދު ނަސީމް ވ. ސިވިލް ސަރވިސް ކޮމިޝަން ޤަޟިއްޔާގައިވެސް ކަނޑައަޅުއްވާފައިވާ ފަދައިން ތުޙުމަތުކުރެވޭ ފަރާތަށް ކުރެވޭ ކުށަކީ ވަޒީފާގެ ކުށްތަކަށްވުމުނަ ތަޙްޤީޤަށް ލިބިފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް، ކުށް ނުކުރާކަމަށްވުރެ ބޮޑަށް ކުށް ކުރިކަމަށް ބުރެވެވޭނަމަ އެފަރާތް އެކުށް ކުރި ކަމަށް ނިންމޭނެކަމަށާއި، އަދި މި ނިންމުމުގައި ތައްޔާރުކުރެވޭ ތަޙުޤީޤު ރިޕޯޓުގައި އިތުރަށް ތަޙުޤީޤުކުރަންޖެހޭ ބައިތަކެއ ހުރިކަން ފާހަގަކޮށްފައި އޮތުމަކީ، އިދާރީ ފިޔަވަޅެއް އެޅުމަށް އޮތް ހުރަހެއް ނޫންކަން އެޤަޟިއްޔާގެ 33 ވަނަ ނުކުތާއަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ. އަދި އަޙްމަދު ނަސީމްގެ މައްޗަށް ކުރެވުނު ތަޙްޤީޤުގެ މައްޗަށް ބިނާކށޮ ދަޢުވް އުފުލިފައި ނުވުމަކީ ނުވަތަ އޭނަގެ މައްޗަށް ކުށެއް ސާބިތުވެފައިނުވުމަކީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 2010 ގެ ދަށުން އަޙްމަދު ނަސީމް ވަޒީފާއިން ވަކިކުރުމަށް ހުރަސްއަޅާ ސަބަބެއް ނޫންކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. ހުށަހެޅިފައިމިވާ މައްސަލައިގެ އިސްތިއުނާފު ކުރާ ފަރާތުން ފުލުހުންގެ ތަޙުޤީޤަށް ދީފައިވާ ބަޔާނަކީ ބިރުދައްކައިގެން ދީފައިވާ ބަޔާނެއްކަމަށް ޢަލީ އިބްރާހީމްގެ ފަރާތުން ބުނާބުނނު ފިޔަވައި އެކަން ސާބިތުކުރުމަށް އިތުރު އެއްވެސް ހެއްކެއް ދެއްކިފައިނުވާކަމަށެވެ. އެހެންކަމުން އިސްތިއުނާފުކުރާ ފަރާތުން ދީފައިވާ ބަޔާނަށް ރިޢާޔަތްކޮށް މައްސަލަ ނިންމާފައިވުމަކީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ނޫންކަމަށެވެ.
14އިސްތިއުނާފީ ތިންވަނަ ނުކުތާއާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން މައިގަނޑު ބުނެފައިވަނީ، މައްސަލައިގެ ތަޙުޤީޤަށް ދީފައިވާ ބަޔާންތަކާއި ހުށަހެޅުނު ހެކިތަކުން އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ތުޙުމަތ ކުރެވުނު ކުށާއި އިސްތިއުނާފުކުރާ ފަރާތާއި ގުޅުވާލެވޭނެ އެކަށީގެންވާ ހެކި ހުރިކަމަށް އިސްތިއުނާފުކުރެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާގެ 05 ވަނަ ނަންބަރުގައި ކަނޑައަޅާ ފައިވަނީ މި މައްސަލައިގެ ހުށަހެޅުނު ލިޔެކިޔުންތަކުން ފެންނަންހުރި ކަންކަމަށް ބެއްލުމެއްނެތ ކަމަށި ފާހަގަކޮށްފައިވާ ނުކުތާ އާ ގުޅިގެން ބަލާއިރު، މި މައްސަލައިގެ ދައުލަތުގެ ފަރާތުން ފުރަތަމަ ދެނުކުތާގައި ފާހަގަކުރި ކަންކަން ތަކުރާރުކުރާ ކަމަށެވެ. ޚުލާސާގޮތެއްގައި ބަލާއިރު، މިފަދަ މައްސަލަތަކުގައި ކޯޓުން ބަލަން މިޖެހެނީ އެޓާރނީ ޖެނެރަލް އޮފިސް ވ. ޢަލީ ނަޝީދު ޤަޟިއްޔާގައި ހުރި ކަންކަމަށެވެ. އެއީ ޑިސިޕްލިނަރީ ބޯޑުން ތަޙުޤީޤެއް ހިންގާފައިވޭތޯ އެ ތަޙުޤީޤަށެ އެކަށީގެންވާ ވަގުތު ލިބިފައިވޭތޯ މިކަންކަމަށް ބަލާލާއިރުގައި ދަށު ކޯޓަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިހުރި ލިޔެކިޔުންތަކުން މިކަން ވަރަށް ސާފުކޮށް އެނގިގެން ދާނެކަމަށެވެ. މައްސަލައިގައި ހުށަހެޅިފއަ ހުރި ހެކިތަކާއި ބަޔާންތަކުން އެފަރާތުގެ މައްޗަށި ކުރެވުނު ތުހުމަތު އެފަރާތާއި ގުޅުވާނުލެވޭ ކަމަށް އެފަރާތުން ބުނި ބުނުމަކީ އެއީ ރަނގަޅު ވާހަކައެއް ނޫންކަމަށެވެ. އެހެންކަމުން މިނުކުތާގެ މައްޗަށް ރިޢާޔަތްކޮށްވެސ ސިވިލް ކޯޓުގް ނިންމުން ބާޠިލްކުރަންޖެހޭނެ ތަނެއް އޮތްކަމަކަށް ދައުލަތުން ނުދެކޭކަމަށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުން އެދުނުގޮތް
15އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 4186/Cv-C/2019 ޤަޟިއްޔާގައި ސިވިލް ކޯޓުން ޙުކުމް ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކަމުގައިވާތީ، އެ ޙުކުމް ބާޠިލް ކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ އަސާސެއް ނެތްކަމަށް ކަނޑައަޅައި ފައިޞަލާ ކުރަނިވި ޙުކުމެއް ކޮށްދިނުމަށެވެ.
ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް
16ފުރަތަމަ އިސްތިއުނާފީ ނުކުތާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޙަވާލާދީ، "އެމީހަކު ކުށެއް ކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެމީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެން ވެއެވެ." މިފަދައިން ބަޔާންކޮށްފައިވާ މާއްދާއާ ޙަވާލާދީ، ޖިނާއީ ކުށަކާ ގުޅުވައިގެން އިދާރާ ފިޔަވަޅު އަޅާނަމަ، ޖިނާއީ ފުރިހަމަ ތަޙުޤީޤެއް ކުރެވި، ދަޢުވާކުރެވި، އަދި އެ ދަޢުވާ ސާބިތުވެފައި އޮންނަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ނުކުތާއެކެވެ.
17HN1ޤާނޫނުއަސާސީގެ 51 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާއަކީ ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހުންގެ ޙައްޤުތައް ބަޔާންކުރާ މާއްދާއެކެވެ.
18އިސްތިއުނާފު ކުރެވިފައިވާ މައްސަލައަކީ، ވަޒީފާއިން ވަކިކުރިގޮތް ގޯސްވެގެނ ހުށަހަޅާފައިވް މަދަނީ މައްސަލައަކަށް ވާއިރު، ކުށެއް ކުރިކަމުގެ ތުހުމަތުގައި ޖިނާއީ ދަޢުވާ އުފުލިފައިވާ މީހުންނަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާއިން ލިބިދޭ ޙައްޤުތައް މިފަދަ މައްސަލައެއްގައި ލިބިގެންވާކަމުގައި ބަލަންޖެހެނީ ކޮން ޤާނޫނީ އަސާސެއްގެ މައްޗަށްކަން އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްދީފައިނުވެއެވެ.
19HN2ވަޒީފާއިން ވަކިކުރުމަށް ނިންމާ ނިންމުންތަކަކީ މަދަނީ މިންގަނޑުން ބުރަވެ ނިންމާ ނިންމުންތަކެއް ކަމުގައެ ވީހިނދު، އެފަދަ ނިންމުމަކާ ގުޅިގެން ކޯޓަކަށް ނުވަތަ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކަކވެސީ މަދަނީ މިންގަނޑުން އެ މައްސަލައެއްގައި ހުށަހެޅިފައި ހުރި އެންމެހާ ހެކި ވަޒަންކޮށް ނިންމާ މައްސަލަތަކެކެވެ.
20އިސްތިއުނާފު ކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ޖިނާއީ ކުށަކާ ގުޅުވައިގެން އިދާރާ ފިޔަވަޅު އަޅާނަމަ، ޖިނާއީ ފުރިހަމަ ތަޙުޤީޤެއް ކުރެވި، ދަޢުވާކުރެވި، އަދި އެ ދަޢުވާ ސާބިތުވެފައި އޮންނަންޖެހެއެވެ.
21HN3އެހެންނަމަވެސް، ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭ މީހާގެ މައްޗަށް ޖިނާއީ ކުށަ ކާގޅިގެން ތަޙުޤީޤު ހިންގާ ފަރާތާއި ދަޢުވާކުރާ ފަރާތާއި، އަދި އެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅާ ފަރާތަކީ ވަޒީފާދޭ ފަރާތެއް ނޫނެވެ. އެއީ ވަޒީފާދޭ ފަރާތުގެ އަތުގައި އޮންނަ ބާރެއްވެސް ނޫނެވެ. ވަޒީފާދޭ ފަރާތަށް ލިބޭ އިޚުތިޔާރަކީ، އެފަރާތުގެ ވަޒީފާއެއްގައި ހުރި މީހަކު ކުރި ޢަމަލަކީ، އެފަދަ ވަޒީފާއެއްގައި ހުންނަމީހަކު ކޮށްގެން ނުވާނެފަދަ ޢަމަލަކަށް ވާނަމަ، ނުވަތަ ވަޒީފގައާ ހުރި ފަރާތަކުން ކިރު ޢަމަލަކީ، އެތަނެއްގައި ކަނޑައެޅިފައިވާ ޤަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އިދާރީ، ތައުދީބީ ނުވަތަ އިސްލާޙީ ފިޔަވަޅެއް އަޅަންޖެހޭފަދަ ކަމެއްނަމަ، އެފަދަ ފިޔަވަޅެއް އެޅުމެވެ.
22އެފަދަ ފިޔަވަޅެއް އެޅުމުގައި ބަލަންޖެހޭ މިންގަނޑަކީ މަދަނީ މިންގަނޑެވެ. އެގޮތުން، ވަޒީފާއަދާކުރާ ފަރާތުން ކޮށްފައިވާ ޢަމަލާގުޅިގެން ބެލިބެލުމުން، ނުވަތަ ކުރެވުނު ތަޙުޤީޤގު ނަތީޖާއިން، ވަޒީފާއަދާކުރާ ތަނުގެ ޤަވާޢިދުތަކާއި އުސޫލުތަކާ ޚިލާފު ޢަމަލެއް ކޮށްފައިވާކަމަށް މަދަނީ މިންގަނޑުން ބުރަވެވިއްޖެނަމަ، އެކަމަކާ ގުޅިގެން ވަޒީފާއަދާކުރާ ތަނުގެ ޤަވާޢިދާއި އުސޫލުތަކުގެ ތެރެއިން ފިޔަވަޅު އެޅުމަކީ ވަޒީފާދޭ ފަރާތަށް އޮތް އިޚުތިޔާރެކެވެ.
23HN4ހަމައެހެންމެ، ވަޒީފާއަދާކުރާ ފަރާތުން ކޮށްފައިވާ ޢަމަލަކީ، ޖިނާއީ ދަޢވާއެއު ކުރެވޭފަދަ ޢަމަލެއްނަމަ، އެފަދަ ދަޢުވާއެއް ކުރާ ފަރާތަކުން އެ ދަޢުވާއެއް ކުރުމާމެދު ނިންމާގޮތަކީ، ވަޒީފާދޭ ފަރާތުން މީހެއްގެ މައްޗަށް ފިޔަވަޅު ނާޅައި، އެފަދަ ނިންމުމެއްގެ އިންތިޒާރުގައި ހުންނަންޖެހޭ ކަމެއް ނޫނެވެ.
24ޖިނާއީ ކުށެއްގެ ތުހުމަތެއް ވަޒީފާއަދާކުރާ ފަރާތެއްގެ މައްޗަށް ކުރެވި، ތަޙްޤީޤު އިދާރާއަކުން، އެކަން ތަހުޤީޤު ކުރަމުންދާކަމުގެ މަޢުލޫމާތު ވަޒީފާއަދާކުރާ ތަނަށް ލިބިއްޖެނަމަވެސް، ވަޒީފާދޭ ފަރާތުން އެކަމާގުޅިގެން ބަލަންޖެހޭ އަދި ކުރަންޖެހޭ އިދާރީ ތަޙުޤީޤުކޮށް، އެފަދަ ތަޙުޤީޤެއްގެ ނަތީޖާއަކީ ފިޔަވަޅެއް އަޅަންޖެހުން ކަމަށްވާނަމަ، އެފަދަ ފިޔަވަޅެއް އެޅުމުގެ އިޚްތިޔާރު އޮންނާނެކަމުގައި ދެކެމެވ . އެކަމުގައި ޖިނާއެ މައްސަލައެއް ހުށަހެޅިފައިވާ ތަޙްޤީޤު އިދާރާއިނު ވަކް ނިންމުމެއް ނިންމަންދެން ވަޒީފާދޭފަރާތުން ހުންނާކަށް ނުޖެހޭނެއެވެ.
25HN5ހަމައެހެންމެ، މިފަދަ ވަޒީފާގައި އުޅުނު ފަރާތަކަށް ފިޔަވަޅެއް އެޅުމގުޅާ މައްސަލައެއް ކޯޓަކަށް ނުވަތަ ޓްރައިބިއުނަލަށް ހުށަހެޅިއްޖެނަމަ، ކޯޓުން ނުވަތަ ޓްރައިބިއުނަލުން ބަލާނީ، އެ މައްސަލައެއްގައި އަޅާފައިވާ ފިޔަވަޅަކީ، މަދަނީ މިންގަނޑުން ބަލާއިރު ރަނގަޅު ފިޔަވަޅެއތޯއެވެ. އަދި އެ ފިޔަވަޅު އެޅުމުގައި މއ ޟޫޢު އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވޭތޯއެވެ. އެކަމުގެ މައްޗަށް ޖިނާއީ ދަޢުވާއެއް ކުރެވިފައިވޭތޯ ނުވަތަ އެފަދަ ދަޢުވާއެއް ސާބިތުވެފައިވުމަކީ، މިފަދަ މައްސަލަ ނިންމުމުގައި ފުރިހަމަވެފައި އޮންނަންޖެހޭކަމެއް ކަމުގައި ނުބަލައެވެ.
26އެހެނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނަސީމް ވ. ސިވިލް ސަރވިސް ކޮމިޝަން ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ފަދައިން، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)ގައިވާ "އެކަށީގެންވާ ޝައްކެއްނެތް މިންވަރު" އިން ކުށެއް ސާބިތުވާންޖެހެނީ، ޖިނާއީ މައްސަލައެއްގައި ޝަރީޢަތަށެވެ. ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނާ ނުކުތާ:
27HN6ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޚިލާފަށް، ފުލުހުންގެ ތަޙުޤީޤަށް އިސްތިއުނާފުކުރާ ފަރާތުން ދީފައިވާ ބަޔާނަށް ރިޢާޔަތްކޮށް މައްސަލަ ނިންމާފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްފައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު 4186/Cv-C/2019 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 3 ވަނަ ނުކުތާގެ (ނ) އަށް ބަލާއިރު، އެ މައްސަލަ ނިންމުމުގައި އަންނަނިވި ހެކިތަކަށް ރިޢާޔަތް ކޮށްފައިވާކަން އެނގެން އޮވެއެވެ. އެ ހެކިތަކުގެ ތެރޭގައި؛
1. އިސްތިއުނާފު ކުރާ ފަރާތުން މިލިޓަރީ ޕޮލިހަށް ދީފައިވާ ބަޔާނާއި،
2. އިސްތިއުނާފު ކުރާ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް ދީފައިވާ ބަޔާނާއި،
3. ދިވެހި ފުލުހުންގެ ޚިދުމަތުން މި މައްސަލަ ތަހުޤީޤުކުރި ޕޮލިސް ކޯޕްރަލް ޒައިދު މަހުމޫދުގެ ބަޔާނާއި،
4. ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ދުލާލް ދެވާންގެ ބަޔާނާއި، ސީނަށް ދިޔަ ފުލުހުން ކަމުގައިވާ؛
5. ޕޮލިސް ކޯޕްރަލް މުޙައްމަދު އަރްޝަދު ޙަސަންއާއި،
6. ޕޮލިސް ކޯޕްރަލް ޢަލީ އަކްރަމްއާއި،
7. ޕޮލިސް ލާންސް ކޯޕްރަލް ނާޝިދު ޢަބްދުއްރަޙީމްއާއި،
8. ޕޮލިސް ލާންސް ކޯޕްރަލް ޢަލީ މިހާލްއާއި،
9. ޕޮލިސް ކޮންސްޓަބަލް ޢަބްދުﷲ ސާޖިދުގެ ބަޔާން ހިމެނެއެވެ.
28ބަޔާންވެދިޔަ އެންމެހާ ކަންކަމަށް ރިޢާޔަތް ކޮށްފައިވާކަން ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގޭހިނދު، މި މައްސަލައަކީ، އިސްތިއުނާފުކުރާ ފަރާތުގެ އިޢުތިރާފް ބަޔާނުގެ މައްޗަށް އެކަނި ބުރަވެ ނިންމާފައިވާ މައްސަލައެއް ކަމުގައި ބުރަވެވެން އޮތްކަމުގައި ނުދެކެމެވެ.
29ހަމައެހެންމެ، އިސްތިއުނާފު ކުރާ ފަރާތުން ދިވެހި ފުލުހުން ގެ ޚިދުމަތަށް ދީފައިވާ ބަޔާނކަ ބިރުދައްކައިގެން ދީފައިވާ ބަޔާނެއްކަމުގައ އިސްތިއުނާފި ކުރު ފަރާތުން ބުނިނަމަވެސް އެކަމަށް އެއްވެސް ހެއްކެއް ދައްކާފައިނުވާކަމަށްވެސ ސިވިލް ކޯޓުގް ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.
30ބަޔާންވެދިޔަ އެންމެހާ ކަންކަމަށްބަލާއިރު، ތަޙުޤީޤު ބަޔާންތަކާއި، ހެކިތަކުން އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ތުހުމަތުކުރެވުނު ކުށާއި، އިސްތިއުނާފުކުރާ ފަރާތު ގުޅުވާލެވޭ އެކަށޭނެ ހެކި ހުރިކަމަށް ޝަރީޢަތަށް ބުރަވެވޭކަމަށ ސިވިލް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފއިވަ އެވެ. ތުހުމަތުކުރެވުނު ކުށާއި، އިސްތިއުނާފުކުރާ ފަރާތާ ގުޅުވާލެވޭ އެކަށޭނެ ހެކި ހުރިކަމަށް ކަނޑައަޅާފައިވާ ނުކުތާ އިސްތިއުނާފު ކޮށްފައިވުން:
31މަދަނީ މިންގަނޑުން ބަލާ މިފަދަ މައްސަލަތަކުގައި، ގިނަ ހެކިތަކެއް ހުރެފައި އެ ހެކިތަކުން ބުރަވެވޭ ނަތީޖާއަކީ ކޮބައިކަން ބަޔާންކުރުން، ޤާނޫނީގޮތުން ގޯސްވަނީ ކޮންގޮތަކަށްކަން އެކަމެއް އިސްތިއުނާފުކުރާ ފަރާތުން ބުނެދޭންވާނެ ކަމުގައި ދެކެމެވެ.
32އެފަދަ ތަފްސީލުތަކެއް ބަޔާންކުރުމެއްނެތި، އެއީ ލިޔުންތަކުން ފެންނާންހުރި ކަންކަމަށް ބެލުމެއްނެތި ނިންމާފައިވާ ނިންމުމެއް ކަމުގައި ބުނުމުން އެއީ އިސްތިއުނާފީ ބަހުސެއް އުފެއްދުނީ ކަމުގައި ނުދެކެމެވެ. ކުރިންވެސް ބަޔާންކުރެވިދިޔަ ހެކިތަކަށްބަލާއިރު، އިސްތިއުނާފުކުރާ ފަރާތުން ފުލުހުންގެ ތަޙްޤީޤަށް ދީފައިވު ބަޔާން ނުހިމަނައި ބެލިނަމަވެސް، ސީނަށް ދިޔަ ފުލުހުންނާއި، ތަޙުޤީޤުކުރި ފަރާތުންނާއި، އަދި ހާދިސާ ހިނގައިދިޔަކަމަށ ބުން ތަނުގައި އެވަގުތު ތިބި ފަރާތްތަކުގެ ބަޔާނު ގައި ހުރި ކަންކަމަކީ، އެއްގޮތް އަދި ކުށުގެ ޢަމަލުގައި އިސްތިއުނާފުކުރާ ފަރާތް ބައިވެރިވެފައިވާ ކަމުގެ މައްޗަށް ދީފައިވާ ބަޔާންތަކެއް ކަމުގައިވާއިރު، އެބަޔާންތަކަށ ރިޢާޔަތްކުރުމުން ބޮޑަށް ބުރަވެވެންއޮތީ، އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް އިދާރީ ފިޔަވަޅެއް އެޅުމަށްފުދޭ މިންވަރުގެ ނުރަނގަޅު ޢަމަލެއް ކޮށްފިކަމުގެ މައްޗަށެވެ. ނިންމަން ފެންނަގޮތް:
33ބަޔާންވެދިޔަ ކަންކަމަށްބަލާއިރު، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކުރުމުން، ސިވިލް ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭފަދަ ނުވަތަ އެ ނިންމުން ބާޠިލުކުރަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް މި މައްސަލއަ ގައި ހުށަހެޅިފައިވާކަމުގައި ބުރަނުވެވޭހިނދު، ސިވިލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ނުވަތަ އެ ނިންމުން ބާޠިލުކުރަންޖެހޭފަދަ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު
34މި މައްސަލައިގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރއުޔަށަ އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު
35މި މައްސަލައި ގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
36މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ 2015/SC-A/13 (އަޙްމަދު ނަސީމް ވ. ސިވިލް ސަރވިސް ކޮމިޝަން)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.