މުޙައްމަދު ރިޔާޟް ވ. އިބްރާހީމް މުޙައްމަދު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 4890/Cv-C/2018
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުލި ބަލައިގެން ތަން ޙަވާލުނުކުރި ކުއްޔަށްދޭ ފަރާތުގެ މައްޗަށް ކުރި ދަޢުވާ، ގޯތި ތިންވަނަ ފަރާތަކަށް ވިއްކުމުން ގަތް ފަރާތަށް ކުލީގެ ޒިންމާ ބަދަލުވާތީ ކުއްޔަށްދިން ފަރާތުގެ މައްޗަށް ނުކުރެވޭނެތޯ، އަދި ކުއްޔަށްދިން ފަރާތް އެއްބަސްވުމާ ޚިލާފުވިކަން ސާބިތުވޭތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކުއްޔަށް ހިފާ ފަރާތުން ކުލި ދައްކައި އެއްބަސްވުމުގެ ދަށުން އޭނާގެ އިލްތިޒާމު ފުއްދުމުން، ކުއްޔަށްދޭ ފަރާތަށް ތަން ޙަވާލުކުރުން ލާޒިމްވެއެވެ؛ ތަން ޙަވާލުނުކޮށް ބަލައިގަތް ކުލިވެސް އަނބުރާ ނުދިނުމަކީ އެއްބަސްވުމާ ޚިލާފުވުމެކެވެ.
HN2 ގޯތި ވިއްކުމުން ގަތް ފަރާތަށް އިޙްތިރާމްކުރަން ލާޒިމްވަނީ އެ ވިއްކުމާ ގުޅޭ ޙުކުމުގައި ކަނޑައަޅާފައިވާ ކުލީގެ އެއްބަސްވުންތަކަށް ކަމަށްވާއިރު، އެ ލިސްޓުގައި ނުހިމެނޭ ކުލީގެ އެއްބަސްވުމަކުން އުފެދޭ ޒިންމާ ގަތް ފަރާތަށް ބަދަލުނުވެ، އެ އެއްބަސްވުން ހެދި ކުއްޔަށްދިން ފަރާތުގެ މައްޗަށް ދެމިއޮންނާނެއެވެ؛ ވިއްކި ފަރާތުން ތިންވަނަ ފަރާތެއްގެ މަސްލަޙަތެއް ނެތްކަމަށާއި ގަތް ފަރާތް ބަރީއަކޮށްދޭނެކަމަށް އެއްބަސްވެފައިވާއިރު ދަޢުވާ ކުރެވެނީ ކުއްޔަށްދިން ފަރާތުގެ މައްޗަށެވެ.
HN3 ހައިކޯޓުގެ ޤަވާޢިދުގެ 48 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން، މަދަނީ މައްސަލައެއްގައި ޝަރީޢަތަށް ހާޟިރުވުމަށް އަމުރު ރައްދުވެ މަޤްބޫލު ޢުޒުރެއް ނެތި އިސްތިއުނާފުކުރާ ފަރާތް ޙާޟިރުނުވެއްޖެނަމަ، އޭނާގެ ޣައިރު ޙާޟިރުގައި މައްސަލައިގެ މައުޟޫޢާމެދު ގޮތެއް ނިންމުމުގެ އިޚްތިޔާރު ހައިކޯޓަށް ލިބިގެންވެއެވެ.
HN4 އަޑުއެހުމަކަށް ޙާޟިރުނުވުމުން 48 ވަނަ މާއްދާގެ ދަށުން އިސްތިއުނާފީ ދަޢުވާ ފޯމް ބާޠިލުކުރުމުން، 48 ވަނަ މާއްދާގެ (ނ) ގެ ދަށުން އެ މައްސަލަ އަލުން ހުށަހެޅިދާނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު މުޙައްމަދު ނިޔާޒް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޢަލީ ސަމީރު · ތާއީދުކުރެއްވީ: ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު މުޙައްމަދު ނިޔާޒް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ތަޢާރުފު
1ސިވިލް ކޯޓުގެ ނަންބަރު 4890/Cv-C/2018 ޤަޟިއްޔާގައި އެ ކޯޓުން ޙުކުމްކޮށްފައިވަނީ، ".. އިބްރާހީމް މުޙައްމަދުގެ ފަރާތުން ދަޢުވާގައި ހޯދުމަށް އެދިފައިވާ -910,000/ރ. (ނުވަލައްކަ ދިހަހާސް ރުފިޔާ) ގެ ތެރެއިން ކުލީގެ ގޮތުގައި މުޙައްމަދު ރިޔާޟަށް ދީފައިވާ -500,000/ރ. (ފަސްލައްކަ ރުފިޔާ) އާއި ތަން ޙަވާލުނުކުރުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ބެލެވޭ 112,500/09ރ. (އެއްލައްކަ ބާރަހާސް ފަސްސަތޭކަ ރުފިޔާ ނުވަލާރި) އާއެކު ޖުމްލަ 612,500/09 (ހަލައްކަ ބާރަހާސް ފަސްސަތޭކަ ރުފިޔާ ނުވަލާރި) އަކީ އިބްރާހީމް މުޙައްމަދަށް ލިބިދޭންޖެހޭ ފައިސާކަން ޝަރީޢަތަށް ޘާބިތުވާކަމުގައި ކަނޑައަޅައި، އެފައިސާ 01 ސެޕްޓެމްބަރ 2019 އިން ފެށިގެން 01 މަސްދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކާ ޚަލާޞްކުރުމަށް މުޙައްމަދު ރިޔާޟަށް އަންގައި..." މިފަދައިންނެވެ.
2HN4ސިވިލް ކޯޓުގެ ނަންބަރު 4890/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މުޙައްމަދު ރިޔާޟްގެ ފަރާތުން ހުށަހެޅި މައްސަލަ އެންމެ ފުރަތަމަ މި ކޯޓުން ބަލާފައިވަނީ މި ކޯޓުގެ ނަންބަރު 2019/HC-A/549 ޤަޟިއްޔާ އިންނެވެ. އެ މައްސަލައިގެ އަޑުއަ ހުންތައެ ބޭއްވުމަށްފަހު އިތުރު އަޑއެހުމެއު ބޭއްވުމަށްޓަކައި ތާވަލްކުރެވުނު ޝަރީޢަތުގެ މަޖްލީހަށް އިސްތިއުނާފްކުރާ މުޙައްމަދު ރިޔާޟްގެ ފަރާތުން މަޤުބޫލު ސަބަބެއް ނެތި ޙާޟިރުވެފައިނުވާތީ ހައިކޯޓުގެ ޤަވާޢިދުގެ 48 ވަނަ މާއްދާއަށް ޙަވާލާދީ މުޙައްމަދު ރިޔާޟްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ދަޢުވާ ފޯމް ބާޠިލްކުރެވުނެވެ.
3މިއީ، މުޙައްމަދު ރިޔާޟްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލުނު މި ކޯޓުގެ ނަންބަރު 2019/HC-A/549 ޤަޟިއްޔާގެ އިސްތިއުނާފީ ފޯމް ބާޠިލުކު ރުމުނ ހައިކޯޓުގް ޤަވާޢިދުގެ 48 ވަނަ މާއްދާގެ
(ނ) އެ ޙަވާލާދީ އެ މައްސަލަ އަލުނިދިވެހިރާއްޖޭގ ހައިކޯޓަށް ހުށެހެމުނ ބެލެވުން މައްސަލައެވެ. މ މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ،ރ.ކަނދޮޅުދޫ/ ޖަވާހިރުއައްސޭރި އިބްރާހީމް މުޙައްމަދެވެ. އިސްތިއުނާފ ކުރުމަށް އެދް ހުށަހެޅި ނުކުތާތައް އަދި ތަފްސީލުގައި ދެއްކި ވާހަކަތައް:
4ސިވިލް ކޓޯ ގ ނަންބަރު 4890/Cv-C/2018 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި […] ރިޔާޟްގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި 4 ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
4.1 ސިވިލް ކޯޓުގެ ނަންބަރު 4890/Cv-C/2018 ޤަޟިއްޔާ ނިންމަވާފައިވަނީ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،
4.2 ޢާންމު އުޞޫލެއްގެ ގޮތުގައި މަދަނީ ޚުޞޫމަތްތަކުގައި ޘާބިތު ކުރުމުގެ ބުރު (onus probandi) އުފުލުމަކީ ދަޢުވާކުރާ ފަރާތެއްގެ މަސްއޫލިއްޔަތެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާގައި އެނގެން އޮންނައިރު ދަޢުވާކުރާ ފަރާތަށް ދަޢުވާ ޘާބިތު ކޮށްދެއްވިފައި ނުވަނީސް މިދެންނެވުނު އުޞޫލާ ޚިލާފަށް ސިވިލް ކޯޓުގެ ނަންބަރު 4890/Cv-C/2018 ޤަޟިއްޔާއިން ނިންމަވާފައިވުން ކަމަށްބުނެ ހުށަހެޅި ނުކުތާ އާއި،
4.3 ސިވިލް ކޯޓުގެ ނަންބަރު 4890/Cv-C/2018 ޤަޟިއްޔާއިން […] އެވެ ކިޔާ 842 އަކަފޫޓް ގޯއްޗާއި ގުޅިގެން އިސްތިއުނާފުކުރާ ފަރާތުގެ ކިބައިން ޙައްޤުތައް އެހެން ފަރާތަކަށް ބަދަލުވެފައިވާއިރު، މިގޮތުން ޙައްޤުތައް ބަދަލުކުރެވިގެންދިޔަ އެގޯއްޗާގުޅޭ އެއްބަސްވުން މިގޯތީގެ އެންމެހައި ޙައްޤުތަކެއް ބަދަލުކުރެވުނު ފަރާތުގެ ބަހެއް ހޯދުމަކާނުލައި ގޮތެއް ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއާއި،
4.4 ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ޚިލާފަށް ސިވިލް ކޯޓުގެ ނަންބަރު 4890/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ކުރިއަށް ގެންގޮސްފައިވުން ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
5މުޙައްމަދު ރިޔާޟްގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅި ނުކުތާތަކުގެ ތެރެއިން ފުރަތަމަ ތިން ނުކުތާގެ ތަފްސީލުގައި ޖުމްލަގޮތެއްގައި ބުނެފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 4890/Cv-C/2018 ޤަޟިއްޔާގައި އިބްރާހީމް މުޙައްމަދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާއަކީ، […] ގޯތީގައިވާ ޢިމާރާތުގެ 3 ވަނަ ފަންގިފިލާ ކުއްޔަށްދިނުމަށްޓަކައި މުޙައްމަދު ރިޔާޟާއެކު 20 އޭޕްރީލް 2017 ވަނަ ދުވަހު ވެވުނު އެއްބަސްވުމުގެ ދަށުން އިބްރާހީމް މުޙައްމަދު ކުލީގެ ގޮތުގައި މުޙައްމަދު ރިޔާޟަށް ދިން ފައިސާ އާއި، އެމުއްދަތުގައި އެޕާރޓްމަންޓް ނުލިބުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލާއި، މައްސަލަ ކޯޓަށް ހުށަހެޅުމުގެ ޚަރަދު ހޯދުމަށް އެދި ހުށަހެޅި މައްސަލައެއްކަން އެނގެން އޮންނައިރު، މުޙައްމަދު ރިޔާޟް އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކޮށްފައިނުވަނީ ކިހިނެއްކަމާއި، ޚިލާފުވެފައިވަނީ ކޮން މާއި ދާއަކްކަމެއ އިބްރާހީމް މުޙައްމަދަށް އެ މައްސަލައިގައި ބުނެދެވިފައިނެތްކަމަށާއި […] ކިޔާ ގޯތި އެއީ މިހާރު އެހެން ފަރާތަކަށް ވިއްކާލާފައިވާ ގޯއްޗެއްކަމަށާއި އެ ގޯތި ވިއްކުމުގެ މައްސަލަ ނިންމި، ސިވިލް ކޯޓުގެ ނަންބަރު 2555/Cv-C/2018 ޤަޟިއްޔާގެ ޙުކުމުގައި "މއ.މަލަމަތި އެވެ ކިޔަ ގޯތި ނުވަތަ ގޯތީގައިވާ އެއްވެސް ޢިމާރާތެއް ޞައްޙަ އެއްބަސްވުމެއްގެ ދަށުން ކުއްޔަށްދީފައިވާނަމަ އެ އެއްބަސްވުމަކަށް […] ކިޔާ ގޯތި ގަތް ފަރާތްކަމަށްވާ ޏ.ފުވައްމުލައް، ހޯދަޑު، ދޯޅަބުގެ މުޙައްމަދު ނަސީމް އިޙްތިރާމް ކުރަންޖެހޭނެކަމަށް ކަނޑައަޅައިފައި އޮތުމުން 20 ޑިސެމްބަރު 2017 ގައި ވެވުނު އެއްބަސްވުމުގެ ދަށުން މުޙައްމަދު ރިޔާޟް އަދާކުރަންޖެހޭ އެންމެހާ އިލްތިޒާމްތައް މުޙައްމަދު ންސީމަށް މިހާރު ބަދަލުވެފައިވާކަމަށާ މިހެންކަމުން މިދަޢުވާ އަކީ މުޙައްމަދު ރިޔާޟްގެ މައްޗަށް ކުރެވިގެންވާނެ ދަޢުވާއެއް ނޫންކަމަށާއި އިބްރާހީމް މުޙައްމަދުގެ މަސްލަހަތު މިހާރު ހިމާޔަތްކޮށްދެވެނ އޮތް މުޙައްމަދު ނަސީމަށް ކަމަށްވުމާއެކު، އަދި މަލަމަތއެވެ ކިޔި ގޯތީގެ އެންމެހާ ޙައްޤުތައް ބަދަލުވެފައިވަނީމުޙައްމަދު ނަސީމަށް ކަމަށްވުމުންމ މައްސަލައިގައި މުޙައްމަދު ނަސީމްގުބަހެއ ހޯދުން މުހިންމްކަމަށް ދެކޭތުއެކަނ ފާހަގަކޮށް މުޙައްމަދް ނަސީމް ސިވިލް ކޯޓުގެ ނަންބަރ 4890/Cv-C/2018 ޤަޟިއްޔާއަށް ތަދައްޚުލުކުރުވުމަށ އެދުމުން އެ ފުރުސަތު ސިވިލް ކޯޓުން ދީފައި ނުވާކަމަށެވެ.
6މުޙައްމަދު ރިޔާޟްގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅި ހަތަރު ވަނަ ނުކުތާގެ ތަފްސީލުގައި ބުނެފައިވަނީ، […] ކިޔާ ގޯތިވިއްކުމުގ މައްސަލެ ނިންމާފައިވާ ސިވިލް ކޯޓުގެ ނަންބަރު 2555/Cv-C/2018 ޤަޟިއްޔާއަށް މި މައްސަލަ ބެލުމުގައި ސިވިލް ކޯޓުން އެއްވެސް ވަރަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެފައިވާ ބުނުމެވެ.
7ބުނެވުނު ކަންކަން ފާހަގަ ކުރުމަށްފަހު މުޙައްމަދު ރިޔާޟްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 4890/Cv-C/2018 ޤަޟިއްޔާގެ ނިންމުން ޝަރުއީ އަދި ޤާނޫނީ އުސޫލާ ޚިލާފުކަމަށް ކަނޑައަޅައި، އެޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށްދެއްވާ، މުޙައްމަދު ރިޔާޟްއާއި އިބްރާހީމް މުޙައްމަދު އާއި ދެމެދު 20 އޭޕްރީލް 2017 ވަނަ ދުވަހު ވެވުނު އެއްބަސްވުމަކީ ސިވިލް ކޯޓުގެ ނަންބަރު 2555/Cv-C/2018 ޤަޟިއްޔާއިން […] ކިޔާ ގޯތީގެ މިލްކުވެރިކަން ބަދަލުވެފައިވާ މުޙައްމަދު ނަސީމްގެ އެންގުމާ ފެނުމުގެ ތެރެއިން ހިނގާފައިވާކު މެއްކަމަށް ކަނޑައަޅައި، އިބްރާހަ މ މުޙައްމަދާއި މުޙައްމަދ ރިޔާޟް އާއި ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް […] ގޯތި ގަތް ފަރާތްކަމުގައިވާ މުޙައްމަދު ނަސީމްގެ މައްޗަށް އަމުރުކޮށްދިނުމަށާއި މިކަމަށް އިބްރާހީމް މުޙައްމަދު އިޢުތިރާޟްކުރާނަމަ ދެފަރާތުގެ ދެމެދުގައި ތަން ކުއްޔަށް ދެވިފައިވާ މުއްދަތަށް ތަނުން މަންފާ ލިބިގަތުމުގެ ޙައްޤު ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުމަށާއި، މުޙައްމަދު ނަސީމްގެ ސަބަބުން ތަން ބޭނުންނުކުރެވި މުޙައްމަދު ރިޔާޟް އަށް ލިބިފައިވާ ގެއްލުންތަކަށް ދަޢުވާކުރުމުގެ ޙައްޤު މުޙައްމަދު ރިޔާޟަށް ލިބިގް ންވާކަމަށެ ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅައިދިނުމަށެވެ. އިސްތިއުނާފް ރައްދުވާ ފަރާތުގެ ވާހަކަތައް:
8މިމައްސަލައިގައި އިސްތިއުނާފް ރައްދުވާ އިބްރާހީމް މުޙައްމަދުގެ ފަރާތުން ބުނެފައިވަނީ، ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ އިންސާފުވެރިކަމާއ ޤާނޫނާއި ޝަރީޢަތާއި އެއްގޮތަށްކަމަށްވާތީ ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެނ ނަންޖެހޭ ސަބަބެއްނެތްކަމަށެވެ. އަދި […] ކިޔާ ގޯތި މިހާރު ގަނެގެން އުޅޭ ފަރާތްކަމަށް މުޙައްމަދު ރިޔާޟްގެ ފަރާތުން ބުނާ މުޙައްމަދު ނަސީމްއަކީ، މުޙައްމަދު ރިޔާޟް އާއި އިބްރާހީމް މުޙައްމަދާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ބައިވެރިއެއްނޫންކަމަށާއި އެ އެއްބަސްވުމުގައި ބުނާ ކަންކަން ތަންފީޛުކުރަން މުޙައްމަދު ނަސީމް ބައިވެރިކުރަން ނުޖެހޭނެކަމަށެވެ.
ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގައި ބުނާގޮތް
9އިބްރާހީމް މުޙައްމަދު އާއި، މުޙައްމަދު ރިޔާޟް އާ ދެމެދު 20 އޭޕްރީލް 2017 މި ތާރީޚުގައި އެއްބަސްވެ ސިވިލް ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާ ނަންބަރު 450/2017-C/C-Cv އެއްބަސްވުމަށް ބަލާއިރު، އެއްބަސްވުމުގެ ދަށުން ކުއްޔަށް ދޫކުރާ ތަނަކީ […] އެވެ ކިޔާ ގޯތީގައިވާ ޢިމާރާތުގެ 3 ވަނަ 2 1 ފަންގިފިލާކަމަށާއި، ކުއްޔަށް ދެވޭ މުއްދަތަކީ ޖޫން 1 އިން ފެށިގެން މީލާދީން 10 އަހަރު ދުވަސްކަމަށާއި، އެއްބަސްވުމުގެ ދަށުން ކުއްޔަށްދޭ ތަނުގެ ކުއްޔަކީ 10 އަހަރު ދުވަހުގެ މުއްދަތަށް ޖުމްލަ -500,000/ރ. (ފަސްލައްކަ ރުފިޔާ) ކަމަށާއި، މީގެ އިތުރުން 10 އަހަރު ދުވަހުގެ ތެރޭގައި ކުއްޔަށް ހިފާފަރާތުން ކުއްޔަށް ދޫކުރި ފަރާތަށް އެއްވެސް ރުފިޔާ އެއް ދައްކަން ނުޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވ . މީގެ އިތުރުން ކުއްޔަށް ދޭ ފަރާތުން މި އެއްބަސްވުމުގެ 10 އަހަރު ދުވަހުގެ މުއްދަތު ހަމަނުވަނީސް މިއެއްބަސްވުން ބާޠިލްކޮށްގެން ނުވާނެކަމަށާއި، މިއެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި މިއެއްބަސްވުން ދެމި އޮންނާނެ ކަމަށް ކުއްޔަށް ދޭ ފަރާތުން ކުއްޔަށް ހިފާ ފަރާތުން ޔަޤީންކަން ދީފައިވާނެ ކަމަށް އެއްބަސްވުމުގައި ބުނެފައިވެއެވެ.
10ބުނެވުނު ގޮތަށް އެއްބަސްވުމެއް ވެވުނުކަމާއި މެދު މުޙައްމަދު ރިޔާޟްގެ ފަރާތުން އިންކާރެއް ނުކުރެއެވެ. އަދި އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފި ތަނުގެ 10 އަހަރަށްވާ ކުލި ގަނޑުކޮށް އެއްބަސްވުމުގައި ބުނެފައިވާ ގޮތުގެ މަތީން އެއްބަސްވުމުގައި ސޮއިކުރެވުނު ތާރީޚުގައި އިބްރާހީމް މުޙައްމަދުގެ އަތުން ލިބިފައި ނެތްކަމުގެ މައްޗަށް ބުނެ އެކަމުގެ މައްޗަށް އިންކާރެއް މުޙައްމަދު ރިޔާޟް ކޮށްފައި ނުވެއެވެ. އެއްބަސްވުމުގައި ބުނާ ގޮތުން އެއްބަސްވުމުގެ ދަށުން އިބްރާހމީ މުޙައްމަދު، މުޙައްމަދު ރިޔާޟަށް ދައްކަންޖެހޭ ކުލީގެ ޢަދަދަކީ،-500,000/ރ. (ފަސްލައްކަ ރުފިޔާ) އެވެ. އިބްރާހީމް މުޙައްމަދުގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ދަޢުވާ
11ބުނެވުނު އެއްބަސްވުމާއި ޙަވާލާދެމުން އިބްރާހީމް މުޙައްމަދުގެ ފަރާތުން މުޙައްމަދު ރިޔާޟްއަށް ރައްދުވާ ގޮތަށް ސިވިލް ކޯޓުގައި އުފުލާފައިވާ ދަޢުވާއަކީ، […] އެވެ ކިޔާ ގޭގެ 3 ވަނަ ފްލޯ ކުއްޔަށްދިނުމަށް އިބްރާހީމް މުޙައްމަދު އާއި، މުޙައްމަދު ރިޔާޟް އާއި ދެމެދު 20 އޭޕްރީލް 2017 ގައި ވެފައިވާ އެއްބަސްވުމުގެ
3.2 ގައި ބުނެފައިވާ -500,000/ރ. (ފަސްލައްކަ ރުފިޔާ) އެއްބަސްވުމުގައި ސޮއިކުރި ވަގުތު އިބްރާހީމް މުޙައްމަދުގެ ފަރާތުން މުޙައްމަދު ރިޔާޟާއި ޙަވާލުކޮށްފައިވީނަމަވެސް، މައްސަލަ ސިވިލް ކޯޓަށް ހުށަހެޅ ދުވަހާއި ހަމައަށް ވެސް އެއްބަސްވުމުގައި ބުނެފައިވާ ތަން ޙަވާލުކޮށފައިނުވާކަމަށާއި، އަދ -500,000/ރ. (ފަސްލައްކަ ރުފިޔާ) އިން އެއްވެސް މިންވަރެއްގެ ފައިސާވެސް އަނބުރާ ދީފައި ނުވާކަމަށްބުނެ، ބުނެވިދިޔަ -500,000/ރ. (ފަސްލައްކަ ރުފިޔާ) އާއި، 20 އޭޕްރީލް 2017 އިން ފެށިގެން މައްސަލަ ހުށަހެޅި ދުވަހާއި ހަމައަށް ހިނގާފައިވާ 20 މަސްދުވަހަށް މަހަކަ -18,000/ރ. (އަށާރަހާސް ރުފިޔާ) ގެ މަގުން -360,000/ ރ. (ތިންލައްކަ ފަސްދޮޅަސްހާސް ރުފިޔާ) އާއި ޤާނޫނީ ވަކީލުންގެ ފީގެ ގޮތުގައި ދައްކަންޖެހުނު -50,000/ ރ. (ފަންސާސްހާސް ރުފިޔާ) އާއެކު ޖުމްލަ -910,000/ރ. (ނުވަލައްކަ ދިހަހާސް ރުފިޔާ) ގެ މަގުން މުޙައްމަދު ރިޔާޟްގެ ކިބައިން ލިބިގަތުމެވެ.
12HN1އެއްބަސްވުމުގެ ދަށުން އިބްރާހީމް މުޙައްމަދު ގެ ފަރާތުން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކުރުމުން އެއްބަސްވުމުގެ ދަށުން މުޙައްމަދު ރިޔާޟަށް ލާޒިމްވަނީ، […] ކިޔާ ގޯތީގެ 3 ވަނަ ފަންގިފިލާ އިބްރާހީމް މުޙައްމަދު އާއި ޙަވާލުކުރުމެވެ. އެހެންނަމަވެސް ކުއްޔަށް ދެވުނުތަން އިބްރާހީމް މުޙައްމަދު އާއި ޙަވާލު ކުރެވިފައިނެތްކަމަށ މުޙައްމަދް ރިޔާޟް އެއްބަސްވެއެވެ. އަދި އެތަން ޙަވާލު ނުކުރުމގު އިތުރަށް އިބްރާހީމް މުޙައްމަދު ގެ ފަރާތުން ކުލީގެ ގޮތުގައި ދެއްކި -500,000/ރ. (ފަސްލައްކަ ރުފިޔާ) ވެސް އިބްރާހީމް މުޙައްމަދު އާއި އަނބުރާ ޙަވާލުކޮށްފައި ނުވާކަންވެސް އެނގެއެވެ. މި ދެކަންތައް އިބްރާހީމް މުޙައްމަދަ ށ ސިވިލް ކޯޓުގައި ސާބިތުކޮށްދެވިފައިވެއެވެ. މިހެންކަމުން އެއްބަސްވުމާއި ޚިލާފވު ގޮތެއް އަދި އެއީ ކޮން މާއްދާއެއްކަން އިބްރާހީމް މުޙައްމަދަށް ސިވިލް ކޯޓުގައި ބުނެދީފައި ނެތްކަމަށްބުނެ މުޙައްމަދު ރިޔާޟްގެ ފަރާތުން މިކޯޓުގައި ފާހަގަކުރި ކަންކަމަކީ ކަނޑައެޅިގެން ޙަޤީޤަތާއި ޚިލާފަށް ބުނެފައިވާ ބުނުމެކެވެ. އެއްބަސްވުމާއި އެއްގޮތަށް ޢަމަލު ނުކުރެވިދިޔަ ސަބަބުކަމަށް މުޙައްމަދު ރިޔާޟްގެ ފަރާތުން ބުނާ ސަބަބު
13ސިވިލް ކޯޓުގެ ނަންބަރު 2555/Cv-C/2018 ޤަޟިއްޔާގެ ދަށުން މިހާރު […] ކިޔާ ގޯތީގެ ވެރި ފަރާތަކީ ޏ.ފުވައްމުލައް، ހޯދަޑު، ދޯޅަބުގެ މުޙައްމަދު ނަސީމް ކަމަށާއި، […] ގޯއްޗާއި ގުޅިގެން ކުރެވިފައިވާ ކުލީގެ އެއްބަސްވންތަކުގު އެންމެހާ ޙައްޤުތަކާއި އިލްތިޒާމްތައް ބަދަލުވެފައިވަނީ މުޙައްމދަ ނަސީމަށްކަމަށ ބުން މި އެއްބަސްވުމުގެ ދަށުން މުޙައްމަދު ރިޔާޟްގެ މައްޗަށް ދަޢުވާ ނުކުރެވޭނެކަމަށް މުޙައްމަދު ރިޔާޟްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. މުޙައްމަދު ރިޔާޟްގެ ފަރާތުން ދެއްކި ވާހަކަތަކުގެ މައިގަނޑަކީވެސް އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައި ދެއްކި ވާހަކަތަކުގެ މައިގަނޑަކީވެސް މިއެވެ.
14މުޙައްމަދު ރިޔާޟްގެ ފަރާތުން ޙަވާލާދީފައިވާ ސިވިލް ކޯޓުގެ ނަންބަރު 2555/Cv-C/2018 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ، […] އެވެ ކިޔާ 842 އަކަފޫޓުގެ ގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލާއި އަމިއްލަބިން -3,500,000/ރ. (ތިން މިލިއަން ފަސްލައްކަ ރުފިޔާ) ގެ އަގަށް ޏ.ފުވައްމުލައް، ހޯދަޑު، ދޯޅަބުގެ، މުޙައްމަދު ނަސީމްއަށް ވިއްކުމުން މިއަގަށް މިގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލާއި އަމިއްލަބިނ ގަން މިވިޔަފާރި ޢަޤުދުކޮށް، މިވިޔަފާރީގެ އަގު ޚަލާޞްކޮށްފައިވާތީ، މިވިޔަފާރި ޞައްޙަކަމަށް ކަނޑައަޅައި، މިހާރު […] ގޯތީގެ މިލްކުވެރި ފަރާތަކީ މުޙައްމަދު ނަސީމްކަމަށް ކަނޑައަޅައި، އެގޯތި ނުވަތަ އެގޯތީގައިވާ އެއްވެސް އިމާރާތެއް ޞައްޙަ އެއްބަސްވުމެއްގެ ދަށުން ކުއްޔަށްދީފައިވާނަމަ އެއެއްބަސްވުމަކަށ މުޙައްމަދް ނަސީމް އިޚްތިރާމްކުރަންޖެހޭނެކަމށެވެ.
15މުޙައްމަދު ނަސީމްގެ ފަރާތުން އެ ފާހަގަކުރަނީ ސިވިލް ކޯޓުގެ ނަންބަރު 2555/Cv-C/2018 ޤަޟިއްޔާގެ ޙުކުމްގައި ބުނެފައިވާ ގޮތުން […] ކިޔާ ގޯއްޗާއި ގުޅިގެން ވެފައިވާ އެންމެހައި އެއްބަސްވުންތަކުގެ ޒިންމާ މިހާރު އުފުލަންޖެހނޭ ފަރާތަކީ މުޙައްމަދު ނަސީމް ކަމަށް ދެކޭކަމަށާއި މިހެންކަމުން އިބްރާހީމް މުޙައްމަދު އާމުޙައްމަދު ރިޔާޟް އާ ދެމެދާވެފައިވްކުލީގ އެއްބަސްވުމުގެ ޒިންމޭވެސ އުފުލަންޖެހޭ ފަރާތަކީ މުޙައްމަދު ނަސީމް ކަމަށް ބުނާ ބުނުމެވެ. ސިވިލް ކޯޓުގެ ނަންބަރު 2555/Cv-C/2018 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅި ގޮތް
16ސިވިލް ކޯޓުގެ ނަންބަރު 2555/Cv-C/2018 ޤަޟިއްޔާއަކީ، އެ ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޏ.ފުވައްމުލައް، ހޯދަޑު، ދޯޅަބުގެ މުޙައްމަދު ނަސީމްގެ ފަރާތުން އިސްތިއުނާފްކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައި ޙުކުމް ކޮށްފައިވާ މައްސަލައެކެވެ. އެ މައްސަލަ ބެލިފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/425 ޤަޟިއްޔާއިންނެވެ.
17ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/425 ޤަޟިއްޔާގައި، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރި މުޙައްމަދު ނަސީމްގެ ފަރާތުން އެދިފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 2555/Cv-C/2018 ޤަޟިއްޔާގެ ޙުކުމުގައި، […] ކިޔާ ގޯތި ނުވަތަ ގޯތީގައިވާ އެއްވެސް ޢިމާރާތެއް މުޙައްމަދު ރިޔާޟްގެ ފަރާތުން ޞައްޙަ އެއްބަސްވުމެއްގެ ދަށުން ކުއްޔަށްދީފައިވާނަމަ އެ އެއްބަސްވުމަކަށް މުޙައްމަދު ނަސީމް އިޙްތިރާމްކުރަންޖެހޭނެ ކަމަށް ކަނޑައަޅައިފައި އޮތް އޮތުމުގެ އެ ބައި ބާޠިލުކޮށްދިނުމަށެވެ.
18ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލައިގައި ކަނޑައަޅާފައިވަނީ، […] ގޯތި ވިއްކުމާއި ގުޅި ގޮތުން މުޙައްމަދު ނަސީމް އާއި މުޙައްމަދު ރިޔާޟް އާއި ދެމެދު 20 ޑިސެމްބަރު 2017 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމުގެ ޖަދުވަލު 07 ގައި ބަޔާންކޮށްފައިވާ ކުލީގެ އެއްބަސްވުންތަކާއި، މި މުޢާމަލާތުގެ މައްސަލަ ސިވިލް ކޯޓުގައި ހިނގިއރި […] އެވަގުތު ދިރިއުޅޭ ފަރާތްތަކާއި މުޙައްމަދު ރިޔާޟް އާ ދެމެދު ވެފައިވާ ކުލީގެ އެއްބަސްވުންތަކަށާއި، 20 ޑިސެމްބަރު 2017 ވަނަ ދުވަހު މި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ޚާއްސަ ގޮތެއްގައި ބަޔާންކޮށްފައިވާ ދަރަންޏަށް އަދި އެއްބސްވުންތަކަށް މުޙައްމަދަ ނަސީމް އިޙްތިރާމް ކުރަންޖެހޭނެ ކަމަށް ކަނޑައަޅައި، މި ބުނެވުނު އެއްބަސްވުންތަކުގެ އިތުރަށް މުޙައްމަދު ރިޔާޟްގެ ފަރާތުން […] ގޯއްޗާއި ގުޅިގެނި އިތުރު ފަރާތަކާއި އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މުޙައްމަދު ރިޔާޟްގެ ފަރާތު ން އަދާކުރަންޖެހޭ އެއްވެސް އިލްތިޒާމަކަށް މުޙައްމަދު ނަސީމްގެ ނުޤަބޫލުގައި އޭނާ ޒިންމާވާން ނުޖެހޭނެކަމަށެވެ.
19HN2މުޙައްމަދު ރިޔާޟް އާއި އިބްރާހީމް މުޙައްމަދާއި ދެމެދު […] ކިޔާގޯތީގެ 3 ވަނަ ފަންގިފިލާ ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/425 ޤަޟިއްޔާގެ ޙުކުމުގައި މުޙައްމަދު ނަސީމް އިޙްތިރާމް ކުރަން ލާޒިމްވާ އެއްބަސްވުންތައް ކަމަށް ކަނޑައަޅާފައިވާ އެއްބަސްވުންތަކުގައި ހިމެނޭ އެއްބަސްވުމެއް ނޫނެވެ.
20ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/425 ޤަޟިއްޔާގެ އެ ނިންމުމަށް ވާޞިލްވުމުގައި 2017 ޑިސެމްބަރު 20 ވަނަ ދުވަހު މުޙައްމަދު ރިޔާޟްއާއި މުޙައްމަދު ނަސީމްއާއި ދެމެދު ވެފައިވާ […] ގޯތި ވިއްކުމާބެހޭ އެއްބަސްވުމަށް ރިޢާޔަތްކޮށް، ބުނެވުނު އެއްބަސްވުމުގައި، […] ކިޔާ ގޯތިން ވިއްކާލެވޭ ތަނުގައި އެހެން ފަރާތެއްގެ މަސްލަޙަތެއް ނެތްކަމަށާއި ވިއްކާލެވޭ ތަނަކާއި ގުޅިގެން އެއްވެސް ފަރާތަކުން ދަޢުވާއެއް ނުވަތަ މައްސަލައެއް ހުށަހެޅި ކަމުގައިވިޔަސް، މިފަދަ ކަމަކާއި ގުޅިގެން ގަންނަ ފަރާތުގަ އެއްވެސް ޒިންމާއެއް އުފުލަން ނުޖެހޭކަމަށާއި އެފަދަ ޒިންމާތަކުން ގަންނަ ފަރާތް ބަރީއަ ކޮށްދޭނެކަމަށ މުޙައްމަދް ރިޔާޟް އެ އެއްބަސްވުމުގައިއެއްބަސްވެފައިވާކަމަށް ފާހަގަކޮށްފައިވެއެވެ.
21ސިވިލް ކޯޓުގެ ނަންބަރު 18C/20-4890/Cv ޤަޟިއްޔާގައި އިސްތިއުނާފު ކުރަމުން މުޙައްމަދު ރިޔާޟްގެ ފަރާތުން ހުށަހަޅާ މައިގަނޑު ޝަކުވާއަކީ ކުރިންވެސް ފާހަގަ ކުރިގޮތަށ ސިވިލް ކޯޓުގެ ނަންބަރު 2555/Cv-C/2018 ޤަޟިއްޔާއިން […] ގޯތީގެ މިލްކުވެރި ފަރާތަކީ މުޙައްމަދު ނަސީމްކަމަށް ކަނޑައަޅައިފައިވުމނ ސިވިލް ކޯޓުގް ނަންބަރު 4890/Cv-C/2018 ޤަޟިއްޔާގައި މުޙައްމަދު ރިޔާޟްގެ މައްޗަށް ދައުވާނުކުރެވޭނެކަމަށާއ މި ދަޢުވާކުރެވެން ޖެހޭނީ މުޙައްމަދު ނަސީމަށ ކަމަށް ބުނެފައިވް ބުނުމެވެ.
22އެހެންނަމަވެސް […] ކިޔާ ގޯތި ވިއްކާލުމަށް މުޙައްމަދު ރިޔޟާ އާއް އެ ގޯތި ގަތްފަރާތްކަމުގައިވ މުޙައްމަދާ ނަސީމް އާއި ދެމެދު 20 ޑިސެމްބަރު 2017 މި ތާރީޚުގައި ވެފައިވާ އެއްބަސްވުމުގައި، ވިއްކާލެވޭ ތަނުގައި އެހެން ފަރާތެއްގެ މަސްލަޙަތެއް ނެތްކަމަށާއި ވިއްކާލެވޭ ތަނަކާއި ގުޅިގެން އެއްވެސް ފަރާތަކުން ދަޢުވާއެއް ނުވަތަ މައްސަލައެއް ހުށަހެޅި ކަމުގައިވިޔަސް، މިފަދަ ކަމަކާއި ގުޅިގެން ގަންނަ ފަރާތުގެ އެއްވެސް ޒިންމާއެއް އުފުލަން ނުޖެހޭކަމަށާއި އެފަދަ ޒިންމާތަކުން ގަންނަ ފަރާތް ބަރީއަ ކޮށްދޭނެކަމަށ މުޙައްމަދް ރިޔާޟް އެއްބަސްވެފައިވާކަން އެނގެން އޮތުމުގެ އިތުރަށް […] ގޯތި ވިއްކުމާއި ގުޅޭ ގޮތުން މުޙައްމަދު ނަސީމް އާއި މުޙައްމަދު ރިޔާޟް އާއި ދެމެދު 20 ޑިސެމްބަރު 2017 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމުގެ ޖަދުވަލު 07 ގައި ބަޔާންކޮށްފައިވާ ކުލީގެ އެއްބަސްވުންތަކާއި، މި މުޢާމަލާތުގެ މައްސަލަ ސިވިލް ކޯޓުގައި ހިނގިއރި […] އެވަގުތު ދިރިއުޅޭ ފަރާތްތަކާއި މުޙައްމަދު ރިޔާޟް އާ ދެމެދު ވެފައިވާ ކުލީގެ އެއްބަސްވުންތަކަށާއި، 20 ޑިސެމްބަރު 2017 ވަނަ ދުވަހު މި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ޚާއްސަ ގޮތެއްގައި ބަޔާންކޮށްފައިވާ ދަރަންޏަށް އަދި އެއްބަސްވި ނ ތައު ފިޔަވައް […] ގޯއްޗާއި ގުޅިގެނި އިތުރުއެހެންފަރާތަކާއި އެކްމުޙައްމަދު ރިޔާޟް ވެފައިވާ އެއްބަސްވުމެއްގެ ދަށުން މުޙައްމަދު ރިޔާޟްގެ ފަރާތުން އަދާކުރަންޖެހޭ އެއްވެސް އިލްތިޒާމަކަށް މުޙައްމަދު ނަސީމްގެ ނުޤަބޫލުގައި އޭނާ ޒިންމާވާން ނުޖެހޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2019/HC-A/425 ޤަޟިއްޔާގައި ކަނޑައަޅާ ފައި އޮތުމުން މުޙައްމަދު ރިޔާޟްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް އޮތްކަމަކަށް އަހުރެންނަކަށް ނުފެނުނެވެ.
23HN3ހައިކޯޓުގެ ޤަވާޢިދުގެ 48 ވަނަ މާއްދާގެ (ހ) ގައި، ހައިކޯޓުން ބަލާ ކޮންމެ މައްސަލައެއްގައިވެސް އެ ޤަޟިއްޔާ ބެލުމަށް ހައިކޯޓުން ކަނޑައަޅާ ތާރީޚާއި ގަޑިއަށް މަޤްބޫލު އުޒުރެއްނެތި ދަޢުވާކުރާ ފަރާތް ނުވަތަ އެ ޤަވާޢިދުގައިވާ ގޮތުގެ މަތީން އޭނާގެ ބަދަލުގައި ފޮނުވާ މީހަކު ހާޒިރުނުވިނަމަ ޢަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވެއެވެ. އެގޮތުން، ހައިކޯޓުގެ ޤަވާޢިދުގެ 48 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި، އެމައްސަލައަކީ މަދަނީ މައްސަލައެއްނަމަ، އެފަރާތެއްގެ ޣައިރު ހާޒިރުގައި މައްސަލައިގެ މައުޟޫއާމެދު ގޮތެއް ނިންމުމުގެ އިޚްތިޔާރު ލިބިދީފައިވެއެވެ. މިޤަޟިއްޔާގެ ޝަރީއަތުގެ މަޖިލީހަށް، 02 ނޮވެމްބަރު 2021 ގެ 13:30އަށް (ދުރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޝަރީޢަތުގެ މަޖިލީހަށް) ހާޟިރުވުމަށް ފޮނުވުނު މިކޯޓުގެ ނަންބަރ 1356/CHT/2021/8B-95 "ކޯޓަށް ހާޟިރުވުމުގެ އަމުރު"، މި ޤަޟިއްޔާގައި އިސްތިއުނާފު ކުރާ، […] ރިޔާޟް އަށް ރައްދުވެ އެއަމުރުގައިވާ ގަޑިއަށް ހާޟިރުވެފައިނުވާތީ، މި ޤަޟިއްޔާ ނިންމާފައިވަނީ […] ރިޔާޟް ގެ ޣައިރު ހާޟިރުގައެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ހައިކޯޓުގެ ޤަވާޢިދުގެ 48 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރު
- ހައިކޯޓުގެ ޤަވާޢިދުގެ 48 ވަނަ މާއްދާގެ (ނ)
- ހައިކޯޓުގެ 2019/HC-A/425 ޤަޟިއްޔާ
- ހައިކޯޓުގެ 2019/HC-A/549 ޤަޟިއްޔާ (މި މައްސަލައިގެ ކުރީގެ އިސްތިއުނާފު)
- ސިވިލް ކޯޓުގެ 2555/Cv-C/2018 ޤަޟިއްޔާ
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.