އުއްމީދާ ޢަބްދުޢްރައްޒާޤު ވ. ޢަލީ އަޙްމަދު ނަޞީރު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 43/Cv-C-HD/2020
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ގެސްޓްހައުސް ހިންގުމަށް ކުއްޔަށް ދިން ޢިމާރާތުގެ ކުލި އެއްބަސްވުމުގައި ކުއްޔަށް ދިން ފަރާތުން ޙަޤީޤަތް އޮޅުވާލުމުގެ (misrepresentation) ޢަމަލެއް ހިމެނޭތޯ، އަދި ދަށުކޯޓުގައި ހުށަނޭޅި ހައިކޯޓަށް ހުށަހެޅި ސަރކިއުލަރއަކަށް ރިޢާޔަތްކުރަންޖެހޭތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާ ޙަވާލާދެނީ މަކަރުވެރި ގޮތަކަށް އޮޅުވާލާ އޮޅުވާލުންތަކަށް (fraudulent misrepresentation) ކަމާއި، އެ މާއްދާގެ ބޭނުމަށް (1) ޙަޤީޤަތާ ޚިލާފު ކަމެއް ނުވަތަ އެއްޗެއް އޮތުން، (2) އެއީ ޙަޤީޤަތާ ޚިލާފު ކަމެއްކަން ހުށަހަޅާ މީހާއަށް އެނގިހުރެ ނުވަތަ ޤަބޫލުކޮށްހުރެ އެއީ ތެދެއްކަމަށް މަކަރުވެރި ގޮތަކަށް ދެއްކުން، އަދި (3) އެކަމުގެ މައްޗަށް އިތުބާރުކޮށްގެން އަނެއް ބައިވެރިޔާ ކޮންޓްރެކްޓްގައި ބައިވެރިވުން ސާބިތުކޮށްދޭންޖެހެއެވެ.
HN2 މި ކަންކަން ޝަރީޢަތުގައި ސާބިތުވެއްޖެނަމަ، އެއްބަސްވުން ބިނާވެފައިވަނީ މަކަރުވެރި ގޮތަކަށް ޙަޤީޤަތާ ޚިލާފަށް އޮޅުވާލި އޮޅުވާލުންތަކުގެ މައްޗަށްކަން ކަނޑައެޅިދާނެއެވެ.
HN3 ކުއްޔަށް ހިފި ޢިމާރާތުގައި ގެސްޓްހައުސް ހިންގުމުގެ އެންމެހާ ކަންކަން ފުރިހަމަކުރުމަކީ އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފި ފަރާތުގެ ޒިންމާ ކަމަށްވާއިރު، ކުއްޔަށް ހިފި ފަރާތުން ހުއްދައަށް އެދި އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާނަމަ، އަދި ތަނުގެ ވެރިފަރާތުގެ މައްޗަށް ހުއްދަ ހޯދައިދިނުން ލާޒިމުކުރާ ޝަރުޠެއް އެއްބަސްވުމުގައި ނެތްނަމަ، ހުއްދަ ނުލިބުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން މަކަރުވެރިކަމުން އޮޅުވާލުމެއްކަމަށް ނުބެލެވެއެވެ.
HN4 ޚަޞްމުން ހުށަހަޅާ ކަންކަން ހެކި ޤަރީނާ ހުށަހަޅައިގެން ސާބިތުކޮށް ދަލީލު ދެއްކުމަކީ އެކަމެއް ހުށަހަޅާ ފަރާތުން އުފުލަންޖެހޭ ބުރައެކެވެ.
HN5 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ ދަށުން ހައިކޯޓުން މައްސަލަތައް ބަލާނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ. (ށ) ގެ ދަށުން ދަށުކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި ހައިކޯޓަށް ހުށަހެޅިދާނެ ނަމަވެސް، އެފަދަ ހެކި ކަމުގައި ބެލެވޭނީ ދަށުކޯޓުގައި އެކަށީގެންވާ މަސައްކަތް ކޮށްގެންވެސް ނުލިބި ފަހުން ލިބުނު ހެކިއެވެ.
HN6 އިސްތިއުނާފީ މައްސަލަތަކުގައި އާންމު އުޞޫލަކީ ހައިކޯޓުގައި އާ ހުށަހެޅުންތައް ހުށަހަޅައި ބަހުސް ނުކުރުމެވެ. ދަށުކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބި ހުށަނޭޅި ހުރި ލިޔުމެއް، އިސްތިސްނާ ޙާލަތެއްގައި މެނުވީ ހައިކޯޓުގައި ބަލައިގަނެ އޭގެ މައްޗަށް ގޮތެއް ނިންމާކަށް ނުޖެހެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސައިން ޝަހީދު، ހާތިފް ޙިލްމީ، ޙަސަން ޝަފީޢު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން ޝަހީދު · ތާއީދުކުރެއްވީ: ހާތިފް ޙިލްމީ، ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރ HD/2020-C-43/Cv ޤަޟިއްޔާ ނިންމަވާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފކުރުމަށު ގއ. ވިލިނގިލި އެވަރލާސްޓް ޢުއްމީދާ ޢަބްދުއްރައްޒާޤްގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެ ނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ރިޢާޔަތްކުރެވިފައިވާނެވެ.
0. އިސްތިއުނާފު ކުރެވިފައި މިވާ ޤަޟިއްޔާ އަކީ އެއްބަސްވުމާއިމެދ ޚިލާފު އުފެދިގެން ހުށަހެޅިފައިވާ މައްސަލައެއްކަން އެނގެންއޮވެއެވެ. މައްސަލަ ބިނާ ކޮށްފައިވާ މައިގަނޑު އަސާސަކީ ދެފަރާތުގެ ދެމެދު ވެވުނުކަމަށް ބުނާ އެއްބަސްވުން ބާޠިލްކުރުމަށު 41 ޖަނަވަރީ 0202 ގައި އިސްތިއުނާފު ރައްދުވާ ފަރތުނާ ނޯޓިސް ފޮނުވާފައިވުމުން، އެ ނޯޓިސް ފޮނުވާފައިވަނީ އެއްބަސްވުމާއި ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް އެދި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ މައްސަލައެކެވެ.
0. އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފުރައްދުވ ފަރާތާ ދެމެދު 20 އޮކްޓބަރޯ 0240 ގައި ހުޅުމާލެ ލޮޓް ނަންބަރު 1016 ގައި ހުރި ޢިމާރާތް ކުއްޔަށް ދިނުމަށް އެއްބަސްވުމެއްވެފައިވާކަން އެނގެން އޮވެއެވެ. އެ އެއްބަސްވުމުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ކުއްޔަށް ދީފައިވާ ހުޅުމާލެ ލޮޓް ނަންބަރު 1016 ބޭނުންކުރަން ޖެހޭނީ ގެސްޓްހައުސްގެ ވިޔަފާރިކުރުމަށްކަން އެނގެއެވެ.
1. މި މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި އިސްތިއުނާފު ކުރާ ފަރާތުން ފާހަގަ ކުރާ މައިގަނޑު ކަމަކީ އިސްވެ ބަޔާންކުރެވުނު އެއްބަސްވުމަކީ ގެސްޓުހައުސްގެ ވިޔަފާރި ކުރުމަށް ހެދިފައިވާ އެއްބަސްވުމަކަށްވާއިރު، ކުއްޔަށް ހިފާތަނުގައި ގެސްޓުހައުސ އެއް ހިންގޭނެގޮތެއ ނެތް އިސްތިއުނާފުރައްދުވި ފަރާތުން އެތަން ކުއްޔަށް ދީފައިވުމުން އެ ޢަމަލަކީ misrepresentation ގެ ޢަމަލެއްކަމަށްވާއިރު ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަނުން އެ މައްސަލަ ނިންމެވިއިރު، misrepresentation ގެ ޢަމަލެއް ނެތްކަމަށާއި އިސްތިއުނާފުކުރާ ފަރާތުން ގެސްޓުހައުސ އެއް ހިންގުމުގެ ހުއްދަ ހޯދުމަށް މަސައްކަތްކޮށްފައި ނުވާކަމަށް ކަނޑައަޅުއްވާފައިވަނީ މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރެއްވުމއް ނެތިކަމަށެވެ.
42.މ މައްސަލާގައި ގޮތެއް ކަނޑައަޅަންޖެހޭނީ ދެފަރާތުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެއްފަރާތުން އަނެއް ފަރާތަށް ޙަޤީޤަތް އޮޅުވާލައިގެންތޯ އާއި misrepresentation ޢަމަލެއް ހިމެނޭތޯ ބެލުމެވެ.
44.ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ "ކޮންޓްރެކްޓްގައި ބައިވެރިވި މީހަކަށް އެނގޭގޮތުން، ނުވަތަ އެމީހަކު ގަބޫލުކުރާ ގޮތުން، ހަޤީޤަތާ ޚިލާފުކަމެއް، ނުވަތެ އެއްޗެއް އެއީ ތެދެއްކަމުގައި މަކަރުވެރިގޮތަކަށް ދެއްކުމުން ނުވަތަ ވަކާލާތުކުރުމުން، އަނެކަކު އެކަމުގެ ނުވަތަ އެއެއްޗެއްގެ މައްޗަށް އިތުބާރުކޮށްގެން ކޮންޓްރެކްޓެއްގައި ބައިވެރި ވެއްޖެނަމަ، އެއީ ޙަޤީޤަތް އޮޅުވާލުމުގެ ޢަމަލު ހިނގީކަމަށް ބެލޭނެއެވެ."
40ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 41 ވަނަ މާއްދާ ޙަވާލާދެނީ މަކަރުވެރި ގޮތަކަށް އޮޅުވާލާ އޮޅުވާލުނަ tfradulen( misreperesentation) ތަކަށެވެ. ޤާނޫނުގެ 41 ވަނަ މާއްދާގެ އިބާރާތުން، އެ މާއްދާ ބޭނުމަށްޓަކައި އަންނަނިވި ކަންކަން ސާބިތުކޮށްދޭންޖެހެއެވެ. (4)ޙަޤީޤަތާ ޚިލާފު ކަމެއް ނުވަތަ އެއްޗެއް އޮތުން (a false reperesentaion) (0) އެއީ ޙަޤީޤަތާ ޚިލާފުކަމެއް ނުވަތަ އެއްޗެއްކަން އެ ކަމެއް ހުށަހަޅާ މީހަކަށް އެނގިހުރެ ނުވަތަ ޤަބޫލުކޮށްހުރެ އެއީ ތެދެއްކަމަށް މަކަރުވެރި ގޮތަކަށް ދެއްކުން (3) އަދި އެކަމުގެ ނުވަތަ އެއްޗެއްގެ މައްޗަށް އިތުބާރކޮށްގެނު ކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާ ކޮންޓްރެކްޓެއްގެ ބައިވެރިވުން.
43.ބަޔާނވެދިޔް ކަންކަނަ ކޮންޓްރެކްޓެއްގެ ބައިވެރިއަކަށް ޝަރީޢަތުގައި ސާބިތުވެއްޖެނަމަ، އެއްބަސްވުން ބިނާވަނީ މަކަރުވެރި ގޮތަކަށް ހަޤީޤަތާ ޚިލާފު އޮޅުވަލާ އޮޅުވާލުންތަކުގެ މައްޗަށްކަން ކަނޑައެޅިދާނެއެވެ. ހުށަހެޅިފައިވާ މިމައްސަލާގެ އެއްބަސްވުމުގައ misrepresentation ހިމެނޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އެއްބަސްވުމުގެ ދަށުން އެއްބަސްވުމުގައިވާ ތަން ކުއްޔަށް ދިންއިރު އެތަނުގައި ގެސްޓްހައުސްގެ ވިޔަފާރި ކުރެވޭނެ ހާލަތުގައި ނެތްކަން އިސްތިއުނާފުރައްދުވާ ފަރާތުން އެނގޭއިރު އެކަންކަން އިސްތިއުނާފުކުރާ ފަރާތަށް އަންގާފައި ނުވުމެވެ.
40.އިސްތިއުނާފުކުރެވިފައި މިވާ މައްސަލާގައި ޙަޤީޤަތާ ޚިލާފު ކަމެއް އޮތްތޯ ބަލާއިރު، އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދުވެފައިވާ އެއްބަސްވުމުގައި ބުނާގޮތުން ކުއްޔަށް ހިފި އިމރާތާ ބޭނުންކުރަންޖެހޭނީ ގެސްޓްހައުސްގެ ބޭނުމަށްކަމާއ އެތަނުގައި ގެސްޓުހައުސް ހިންގުމުގެ އެންމެހާ ހައްޤުތައް ކުއްޔަށް ހިފާފަރާތަށް ލިބިގެންވާކަން އެނގެންއޮވެއެވެ. އެހެންކަމުން އިސްތިއުނަފުކުރާ ފަރާތާއި އިސްތިއުނާފުރައްދުވ ފަރާތާ ދެމެދުގައި އޮތް އެއްބަސްވުމުގެ ބޭނުމަށްޓަކައި، ދެފަރާތުންވެސް ޢަމަލުކުރަންޖެހޭނީ އެ ކޮންޓްރެކްޓެއްގެ ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމާއި، ކުއްޔަށް ހިފި ޢިމާރާތުގެ ގެސްޓުހައުސް ހިންގުމުގެ އެންމެހާ ކަންކަން ފުރިހަމަ ކުރުމަކީ ކުއްޔަށް ހިފި ފަރާތްކަމުގައިވާ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމއެކަމާއި، އެކަންކަން ފުރިހަމަ ކުރުމަށް އެއްބާރުލުން ދިނުމަކީ އިސްތިއުނާފުރައްދުވ ފަރާތުގާ ޒިންމާއެކެވެ. މި މައްސަލައަށް ބަލާއިރު، ދެފަރާތުން ދައކާފައިވް ވާހަކަތަކަށާއ ހުށަހެޅި ފައިވާ ލިޔުންތަކަށް ބަލާއއިރު، އިސްތިއުނާފުކުރާ ފަރާތުން ގެސްޓްހައުސް ހިންގުމަށް އެއްވެސް އެޕްލިކޭޝަން ހުށަހަޅައި އެތަނުގައި ގެސްޓުހައުސ އެއް ހިންގުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައިވާކަން އެނގެން ނެތެވެ. އަދި މީގެ އިތުރުންވެސް އިސްތިއުނާފުރައްދުވ ފަރާތުގާ އެއްބާރުލުން ނުލިބޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާއިރު، އެއްބަސްވުން ބާޠިލުކޮށް އިސްތިއުނާފު ރައްދުވާ ފަރާތުން ނޯޓިސް ފޮނުވުމުގެ ކުރިއަށް އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތާއި އަނގަބަހުން ވިޔަސަ އަދި ލ ޔުމުނ ވިޔަސް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ހޯދުމަށް އިސްތިއުނާފު ރައްދުވާ ފަރާތުގެ އެހީތެރިކަމަށް އެދިފައިވާކަން ޘާބިތުކޮށްދެވޭނެ ކާފީ ހެކި އިސްތިއުނާފުކުރާ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިނުވާކަން އެނގެން އޮވެއެވެ. އިސްތިއުނާފުކުރާ ފަރާތނު ނޭދޭ ކަމކަށަ އިސްވެ ހުއްދަ ހޯދައިދިނުން އިސްތިއުނާފުރައްދުވ ފަރާތުގާ މައްޗަށް ލާޒިމްވާ އުޞޫލެއް ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ބަލާއިރު ފެންނަންނެތެވެ.އަދ އިސްތިއުނާފުރައްދުވި ފަރާތުނ އެއްބަސްވުން ވެފައިވަނީ ހަޤީޤަތް ޚިލާފަށާ އެކަން އެނގިހުރެ މކަރުވެރިގޮތެއް ދައްކާގެންކަމަށް ހުށަހެޅިފައިވާ އެއްވެސް ލިޔުމަކުން ފެންނަންނެތެވެ. ވުމާއެކު، އިސްތިއުނާފު ރައްދުވާ ފަރާތުގެ ޢަމަލުތަކަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުންވެފައިވަނީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގް41 ވަނަ މާއްދާގައި ބަޔާންކުރާ މަކަރުވެރި ގޮތަކަށް އޮޅުވާލާ އޮޅުވާލުން (fradulent misreperesentation) އެއްގޮތަށް ނުބެލެވެއެވެ.
40. އިސްތިއުނާފުކުރާ ފަރާތުން ގެސްޓްހައުސް ހިންގުމުގެ ހުއްދައަށް އެދި މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހަޅާފައިނުވާކަމަށް ބަޔާންކޮށްފައިވާ ސިޓީގައިވާ ކަންކަމަށް ރިޢާޔަތްކޮށް މައްސަލަ ނިންމާފައިވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނަންބަރު 20/0244 ސަރކިއުލަރގައި ބަޔާންކޮށްފައިވާ އުޞޫލުތަކަށް ރިޢާޔަތްކުރެއްވުމެއްނެތި ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ. އެގޮތުން އިސްތިއުނާފުކުރ ފަރާތުން ބުނެފައިވަނީ އިސްވެބަޔާންކުރެވުނު އުޞޫލަށް ރިޢާޔަތްކޮށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ކައުންޓަރުން ގެސްޓުހައުސ އޮޕަރޭޓް ކުރުމުގެ ލައިސަންސް ދޫކުރާނީ އެފޯމާއ އެކި ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ހަމަކުރުމުންކަމަށާއި، އޭގެތެރޭގައި ކުރިން ގެސްޓް ހައުސް ހިންގާފައިވާ ޢިމާރތެއްނަމަ، އެ ގެސްޓްހައުސްއާއި ގުޅިގެން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކްސް އެއް ނެތްކަމަށް ބަޔާންކޮށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އިން ދޫކޮށްފައިވާ ޓެކްސް ކްލިއަރެންސް ރިޕޯޓު ހުށަހަޅަންޖެހޭކަމަށެވެ. އެހެންކަމުން އެ ސަބަބަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމް އަށް ހުށަހެޅި ގެސްޓުހައުސް ހިންގުމުގެ ހުއްދައަށް އެދޭ ފޯމް ބަލައިގެންފައިނުވާތީ، މިއީ އިސްތިއުނަފުކުރާ ފަރާތުން ގެސްޓްހައުސް ހިންގުމުގެ ހުއްދަ ހޯދުމަށް އެދި މަސައްކަތް ކޮށް ފައނުވާކަނި ދަލާލަތު ކޮށްދޭ ކަމެއް ނޫންކަމަށެވެ.
41.ޝަރީޢަތަށް ޚަޞްމުން ހުށަހަޅާކަންކަނ ހެކް ޤަރީނާ ހުށަހަޅައިގެން ސާބިތުކުރުމުގެ ޙައްޤަކީ އަބަދުވެސް ޚަސްމުންނަށް ލިބިގެންވާ ޙައްޤަކަށް ވާއިރު، އިސްތިއުނާފުކުރާ ފަރާތުން މިކޯޓަށް ހުށަހަޅާފައިވާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނަންބަރު 20/0244 ސަރކިއުލަރ އިސްވެބަޔާންކުރެވުނު ކަންތައްތައް ޝަރީޢަތަށްސާބިތުކޮށްދީ އެކަމުގެ މައްޗަށް ދަލީލު ދެއްކުމަކެއިސްތިއުނާފުކުރެފަރާތުން އުފުލަންޖެހޭނީ ބުރައެއްކަން އެނގެއެވެ.
40. ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓު ގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އޞާޞަކަމަށް ބަލައިގެންކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 30 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި، އަދި އެމާއްދާގެ (ހ) ގައި އެހެން ބުނެފައި އޮތުމަކީ ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުސަތު ލިބިފައިނުވާ ހެކި އިސްތިއުނާފުގެ މަރުޙަލާގައި ހުށަހެޅުމަށް ހުރަސްއަޅާކަމެއ ނޫންކަމަށް އެމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ.
40.ދަށު ކޯޓުގައި ހުށަހެޅު މުގެ ފުރުޞަތު ލިބިފައިނުވާ ހެކި ކަމަށް ބެލެވޭނީ، މައްސަލަ ދަށު ކޯޓުގައި ހިނގަމުން ދިޔައިރު އެކަށީގެންވާ މަސައްކަތްތަކެއް ކޮށްގެންވެސް އެ މަރުޙަލާގައި ނުލިބޭ ހެކި، އެކަމަކު ފަހުން ހައިކޯޓު މަރުޙަލާގައި ލިބުން މެދުވެރިވާ [ހެކި ކަމަށާއި] އެފަދަ ހެއްކެއް ހައިކޯޓަށް ހުށަހަޅައި އެ ކޯޓުން ބަލައިގަތުން ޤާނޫނު މަގުފަހިކޮށްދޭ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ.
41.ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅޭ އިސްތިއުނާފީ މައްސަލަތަކުގައި، އާންމު އުސޫލަކީ ދިވެހިރާއްޖޭގެ ހައި ކޯޓުގައި އައު ހުށަހެޅުންތައް ހުށަހަޅައި އެއާ މެދު ބަހުސް ނުކުރުމެވެ. ދަށު މަރުޙަލާގެ ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ބަލައި ފައިޞަލާކޮށްފައިވާ މައްސަލައެއް، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވި ހިނގަމުންދާއިރު، ދަށު މަރުޙަލާގައި ހުށަނޭޅޭ ހެކި ނުވަތަ ހުށަހެޅު މުގެ ފުރުޞަތު ގެއްލިފައިވާ ހެކި، އިސްތިސްނާ ގޮތެއްގައި މެނުވީދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަނޭޅޭނެކަނ ވަރަށް ސާފުކޮށް އެނގެއެވެ.
2އިސްތިއުނާފުކުރާ ފަރާތުން ހަވާލާދީފައިވާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނަންބަރު 20/0244 ސަރކިއުލަރގައިވާ ކަންތައްތަކަށް ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަނުން ރިޢާޔަތް ކޮށްފައިނުވާކަމަށް ބުނެ ޤާނޫނު ނަންބަރު 0242/00 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) [2016/SC-A/18] ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/18 ދިވެހިރާއްޖޭގެހައިކޯޓަށ ހުށަހަޅާފައިވް ކަންތައްތަކަކީ އިސްތިއުނާފުކުރެވިފައި މިވާ މައްސަލަ ސިވިލް ކޯޓް ހުޅުމާލެ ޑިވިޜަނަގައި ހިނި ގުނުއިރު، އެއްވެސް ވަރަކަށް ފާހަގަކޮށްފި އިވާކަމެއްކަނ އެނގެން ނެތެވެ. އަދ އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްވެ ބަޔާންކުރެވުނު ސަރކިއުލައަކީ، ދަށު ކޯޓުގެ މަރުހަލާގައި އިސްތިއުނާފުކުރާ ފަރާތަށް ހުށަހެޅުމުގެ ފުރުސަތު ލިބި، އެހެންނަމަވެސް އެފަރާތް ނ ހުށަހަޅާފައިވް ޑޮކިއުމަންޓެއް ނޫންކަން އެނގެއެވެ. އެހެންކަމުން އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނަންބަރު 20/0244 ސަރކިއުލަރ މިކޯޓަށް ބަލައިގަނެ މިކޯޓުގައި ބަހުސްކޮށް އެކަންތައްތަކަށް ރިޢާޔަތްކޮށަ ގޮތެއް ނިންމަންޖެހޭ ކަމެއްކަމަށް ނުދެކެމެވެ.
4އިސްވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން، ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 43/Cv-C-HD/2020 ޤަޟިއްޔާ އިސްތިއުނަފު ކުރުމަށް ގއ. ވިލިނގިލި އެވަރލާސްޓް ޢުއްމީދާ ޢަބްދުއްރައްޒާޤްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާގެ މައްޗަށާއި، އެ ޤަޟިއްޔާއާއިއެކ ހުށަހެޅުނު އެއްމެހައި ލިޔެކިޔުންތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ވިޔަސް ސަބަބެއް ނެތްކަމަށް ދެކެމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
00.މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަޞްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 32 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ މި ކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 0204/30(ގެ 000 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 0204/30)ގެ 000 ވަނަ މާއްދާގެ (ހ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 16 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އަދި (ށ)
- ސުޕްރީމް ކޯޓު 2016/SC-A/18 (މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.