ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2021/HC-A/242

ރާދިކާ ރާދަކްރިޝްނަން ޕްރިނަވަމް ވ. ޓްރީ ޓޮޕް ހެލްތު ޕްރައިވެޓް ލިމިޓެޑް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ބަލަމުންޙުކުމުގެ ހާލަތު
ހައިކޯޓު · 17 ސެޕްޓެމްބަރު 2024ދަށު ކޯޓު: ސިވިލް ކޯޓު 2612/Cv-C/2019ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 2612/Cv-C/2019
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުން އިސްތިސްނާވާ ހިންގުމުގެ އިސް މަޤާމެއްގައި (ސީނިއަރ މެނޭޖަރ) ހުރި މުވައްޒަފަކު ރިޑަންޑަންސީގެ ނަމުގައި ނޯޓިސް ދީގެން ވަޒީފާއިން ވަކިކުރުމަކީ ވަޒީފާގެ އެއްބަސްވުމާ ޚިލާފު ކަމެއްތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ ދަށުން ހިންގުމުގެ އިސް މަޤާމެއްގައި ހުރި މުވައްޒަފަކު 4 ވަނަ ބާބުން އިސްތިސްނާވާކަމަށް ދަށުކޯޓުގައި ދެފަރާތް އެއްބަސްވެ، އެކަން އިސްތިއުނާފީ ނުކުތާއެއްގައި ހިމެނިފައި ނުވާނަމަ، އިސްތިއުނާފުގައިވެސް އެ މަޤާމު އިސްތިސްނާވާ މަޤާމެއްކަމުގައި ބަލަންޖެހެއެވެ.

HN2 ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުން އިސްތިސްނާވާ މުވައްޒަފަކީ އެ ބާބުގެ 21 ވަނަ މާއްދާގައިވާ، އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރުން މަނާކުރާ ޙިމާޔަތުން އިސްތިސްނާވާ މީހެކެވެ؛ އެފަދަ ޙާލަތަކަށް ޚާއްޞަ ޤާނޫނެއް ނެތުމުން ޢަމަލުކުރަންޖެހޭނީ ދެފަރާތުގެ ވަޒީފާގެ އެއްބަސްވުމުގައިވާ ގޮތަށެވެ.

HN3 ވަޒީފާގެ އެއްބަސްވުމުން ޢަމަލުކުރުން ލާޒިމުކުރާ އެމްޕްލޯޔަރސް ހޭންޑްބުކަކީ އެ އެއްބަސްވުމުގެ ބައެކެވެ؛ ހޭންޑްބުކުން ސީނިއަރ މެނޭޖަރުންނަށް ހާއްސަ އިސްތިސްނާއެއް ކަނޑައަޅާފައިވާނަމަ، ވަޒީފާގައި ހޭދަވި މުއްދަތާ ގުޅޭ ނޯޓިސް ދީގެން، ސަބަބެއް ބަޔާންނުކޮށްވެސް، އެއްބަސްވުން ނިންމާލުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންވެއެވެ.

HN4 އެއްބަސްވުމާ ޚިލާފަށް ވަޒީފާއިން ވަކިކުރިކަމަށް ހުށަހަޅާ މައްސަލައެއްގައި ބަލަންޖެހެނީ ވަކިކުރުމުގައި ވަޒީފާދޭ ފަރާތުން އެއްބަސްވުމާ ޚިލާފުވެފައިވޭތޯއެވެ؛ ރިޑަންޑަންސީއަކީ އެއްބަސްވުމުގައި ބަޔާންކޮށްފައިނުވިނަމަވެސް ވިޔަފާރީގެ ނަފާއަށްޓަކައި އިދާރީ އޮނިގަނޑަށް ގެންނަ ބަދަލަކާ ގުޅިގެން މަޤާމު އުވާލުމުގެ ސަބަބުން ވަޒީފާއިން ވަކިކުރުމަށް މެދުވެރިވެދާނެ އެކަށީގެންވާ ޙާލަތެކެވެ.

HN5 ސީނިއަރ މެނޭޖަރެއް ވަކިކުރުމުގައި އެއްބަސްވުމާ ޚިލާފުވީކަމަށް ބެލެވޭނީ ހޭންޑްބުކުގައިވާ މުއްދަތުގެ ނޯޓިސް ދީފައިނުވާނަމައެވެ؛ ލާޒިމުކުރާ މުއްދަތަށްވުރެ ދިގު ނޯޓިސް ދިނުމަކީ ވަޒީފާދޭ ފަރާތުގެ އިޚްތިޔާރެއް ކަމުން، އެއީ އެއްބަސްވުމާ ޚިލާފުވުމެއް ނޫނެވެ.

މަދަނީ › އެއްބަސްވުމާ މެދު ޚިލާފު އުފެދިގެން

HN6 ވަކިކުރުމަކީ އެއްބަސްވުމާ އެއްގޮތަށް ކުރެވިފައިވާ ކަމެއްކަމަށް ކަނޑައެޅުމުން، ރިޑަންޑަންސީގެ ޙާލަތު ހަޤީޤަތުގައި އޮތްތޯއާއި، އެކްޒެކެޓިވް ކޮމިޓީގެ ޕްރޮޕޯސަލަކަށް ބިނާކުރިތޯއާއި، ދުރާލާ ރާވައިގެން ކުރިތޯއާއި، ފުރައްސާރައިގެ ޝަކުވާ ބެލުނުތޯ ފަދަ ސުވާލުތަކަށް އިތުރަށް ގޮތެއް ކަނޑައަޅަން ނުޖެހެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
މުޙައްމަދު ޝަނީޒް ޢަބްދުﷲ، މުޙައްމަދު ނިޔާޒް، ޙުސައިން މަޒީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، ޙުސައިން މަޒީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1މިއީ، ސިވިލް ކޯޓުގެ ނަންބަރު 2612/Cv-C/2019 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ރާދިކާ ރާދަކްރިޝްނަން (މީގެ ފަހުން " ރާދިކާ ރާދަކްރިޝްނަން" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") ގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.މިޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ ޓްރީޓޮޕ ހެލްތް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން " ޓްރީޓޮޕް ހެލްތު ޕްރައިވެޓް ލިމިޓެޑް" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް") އެވެ.

މައްސަލާގައި ކަންހިނގާފައިވާގޮތް

2ޓްރީޓޮޕް ހެލްތުގެ ދަށުން ހިންގަމުންދާ ޓްރީޓޮޕް ހޮސްޕިޓަލްގެ އެސިސްޓެންޓް ޑިރެކްޓަރ އޮފް ކްލިނިކަލް ސަރވިސަސްގެ މަޤާމު 15 ސެޕްޓެންބަރު 2018 އިން ފެށިގެން 14 ސެޕްޓެންބަރު 2020 ގެ ނިޔަލަށް އަދާކުރުމުގެ ގޮތުން ޓްރީޓޮޕް ހެލްތާއި ރާދިކާ އާދެމެދު ވަޒީފާގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. ދެފަރާތުގެ ދެމެދުގައި ވެފައިވާ ވަޒީފާގެ އެއްބަސްވުމަށް 04 ޖޫން 2019 ގެ ތާރީޚުގައި އިޞްލާޙު ގެނައުމަށްފަހު، އެސިސްޓެންޓް ޑިރެކްޓަރ އޮފް މެޑިކަލް ސަރވިސަސްގެ މަޤާމަށް އަދި ވަޒީފާގެ ގްރޭޑް ލެވެލް 7 (ހަތެއް) އިން ގްރޭޑް ލެވެލް 8 (އަށެއް) އަށް ރާދިކާ ބަދަލުކޮށްފައިވެއެވެ.

304 ޖޫން 2019 ގެ ތާރީޚުގައި ވަޒީފާގެ އެއްބަސްވުމަށް ގެނެވުނު އިޞްލާޙާއެކު ރާދިކާ އަދާކުރަމުން ދިޔަ މަޤާމާއި ގްރޭޑް ލެވެލް ބަދަލުވުމުން، މިއީ ހިންގުމުގެ އިސް މަޤާމަކަށްވާތީ، ވަޒީފާއާބެހޭ ޤާނޫނު ޕާސްޕޯޓު ނަންބަރު ދެފަރާތުގެ ދެމެދުގައި ވެފައިވާ ވަޒީފާގެ އެއްބަސްވުން ވަޒީފާގެ މަޤާމު ބަދަލުކުރެވުނުކަން (ޤާނޫނު ނަންބަރު 2008/2) ގެ 34 ވަނަ މާއްދާގެ ދަށުން ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުން އިސްތިސްނާވާނެކަމާއި، މި ކަމާމެދު ދެ ފަރާތުގެ ދެމެދު އެއްވެސް ޚިލާފެއް ނެތެވެ.

4ރާދިކާ އަދާކުރަމުންދިޔަ އެސިސްޓެންޓް ޑިރެކްޓަރ އޮފް މެޑިކަލް ސަރވިސަސްގެ މަޤާމު ރިޑަންޑަންޓްކޮށްފައިވާކަން 19 ޖޫން 2019 ގައި ޓްރީޓޮޕް ހޮސްޕިޓަލްގެ އެގްޒެކެޓިވް އޮފީހުން ހުރިހާ މުވައްޒަފުންނަށް ފޮނުވާފައިވާ އީމެއިލުން އެނގޭކަމާއި، "ނޯޓިސް އޮފް ރިޑަންޑަންސީ އެންޑް ޓަރމިނޭޝަން އޮފް އެމްޕްލޯއިމަންޓް( "25 ޖޫން 2019) ޓްރީޓޮޕް ހެލްތުން ރާދިކާއަށް ދީފައިވާކަމާއި، އޯގަނައިޒޭޝަން ސްޓްރަކްޗަރއަށް ހޮސްޕިޓަލުގެ ބޯޑުން ގެނައި ބަދަލަކާ ގުޅިގެން ރާދިކާ އަދާކުރަމުންދިޔަ އެސިސްޓެންޓް ޑިރެކްޓަރ އޮފް މެޑިކަލް ސަރވިސަސްގެ މަޤާމު އުވާލާފައިވާކަމަށާއި، އަދި 30 (ތިރީސ) ދުވަހަށްފަހު ވަޒީފާއިން ވަކިވާނެކަމަށާއި، ރިޑަންޑަންސީ ޕޭމަންޓްގެ ގޮތުގައި 27,045.45 USD (ހަތާވީސް ހާސް ސާޅީސް ފަހެއް އެމެރިކާ ޑޮލަރު ސާޅީސް ފަހެއް ސެންޓް) ދިނުމަށް ހަމަޖެހިފައިވާކަމަށް މި ނޯޓިހުގައި ބަޔާންކޮށްފައިވެއެވެ.

5ރާދިކާ ރާދަކްރިޝްނަނ އަދާކުރަމުންދަނިކޮށް އެ މަޤާމު ރިޑަންޑަންޓްކުރުމަށް ނިންމަވާފައިވާތީ، ނޯޓިސް ދިނުމަށްފަހު ވަޒީފާއިން ވަކިކޮށްފައިވާތީ، އާއި މި ނޯޓިސްއަކީ ބާޠިލް ނޯޓިހެއްކަމަށް ކަނޑައަޅާދިނުމަށާއި، ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ޓްރީޓޮޕ ހެލްތް ޕްރައިވެޓް ލިމިޓެޑަށް ދަޢުވް ރައްދުވާ ގޮތަށާ ސިވިލް ކޯޓުގައި މައްސަލަ ހުށަހަޅާފައިވެއެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމި ގޮތް

6ސިވިލް ކޯޓުގެ ނަންބަރު 2612/Cv-C/2019 ޤަޟިއްޔާ ނިންމަވާފައިވަނީ؛ "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް ރިޢާޔަތްކުރާއިރު، ޓްރީޓޮޕް ހެލްތު ޕްރައިވެޓް ލިމިޓެޑުގެ ދަށުން ހިންގަމުންދާ ޓްރީޓޮޕް ހޮސްޕިޓަލްގައި އެސިސްޓެންޓް ޑިރެކްޓަރ އޮފް މެޑިކަލް ސަރވިސަސްގެ މަޤާމު އަދާކުރަމުންދަނިކޮށް ރާދިކާ ރާދަކްރިޝްނަން މަޤާމުން ވަކިކޮށްފައިވަނީ ދެ ފަރާތުގެ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމާ ޚިލާފަށްކަމަށް ކަނޑައަޅާތަނެއް ނެތްކަމަށް ޙުކުމް ކޮށްފީމެވެ. " މިފަދައިންނެވެ.

އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް

7ސިވިލް ކޯޓުގެ ނަންބަރު 2612/Cv-C/2019 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެ މައްސަލަ އިސްތިއުނާފު ކުރުމަށް އެދި ރާދިކާ ރާދަކްރިޝްނަނގް ފަރާތުން 06 (ހައެއ) ނުކުތާ ހުށަހަޅާފައިވެއެވެ.

1.7 ފުރަތަމަ ނުކުތާއަކީ، އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ރިޑަންޑަންސީގެ ޙާލަތެއް މެދުވެރިވެގެންކަމަށް ސާބިތުވާކަމަށް ސިވިލް ކޯޓުން ނިންމަވާފައިވަނީ މައްސަލައިގައި ހުށަހެޅިފައިވާ ހެކި ޤަރީނާއާއި ކިތާބީ ހެކިތަކުން ހާމަވާން އޮތް ޙަޤީޤަތްތަކަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތްކުރެއްވުމެއްނެތި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/44 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށްވުމުން އެ ނިންމުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

2.7 ދެވަނަ ނުކުތާއަކީ، އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާގެ އެއްބަސްވުމާ އެއްގޮތަށްކަމަށް ކަނޑައަޅުއްވާފައިވަނީ ވަޒީފާގެ އެއްބަސްވުމާއި އެ އެއްބަސްވުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ މާއްދާތައް ހިމަނާފައިވާގޮތަށާއި އަދި އެ އެއްބަސްވުމަށް އިސްލާޙު ގެނައުމަށް 4 ޖޫން 2019 ގައި ސޮއިކުރި އެޑެންޑަމްގައި ޞަރީޙަ ޢިބާރާތުން ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރެއްވުމެއްނެތިކަމަށްވުމުން އެ ނިންމެވުމަކީ ޤާނޫނު ނަންބަރު 2010/13 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

3.7 ތިންވަނަ ނުކުތާއަކީ، އިސްތިއުނާފުކުރާ ފަރާތުގެ މަޤާމު އުވާލުން އެއީ އިސްތިއުނާފު ރައްދުވާ ފަރާތުގެ އެގްޒެކެޓިވް ކޮމެޓީގައި މަޝްވަރާކޮށްފައިވާ ކަމެއް ނޫންކަމަށާއި އެފަދަ ޕްރޮޕޯސަލް އެއްވެސް އެގްޒެކެޓިވް ކޮމެޓީއިން ތައްޔާރުކޮށްފައިނުވާނެކަމަށް އިސްތިއުނާފުކުރާ ފަރާތުން ތަކުރާރުކޮށް ފާހަގަކޮށްފައިވާއިރު އަދި އިސްތިއުނާފް ރައްދުވާ ފަރާތަށް އެކަން ސާބިތުކުރެވިފައިނުވަނީސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ސިވިލް ކޯޓުން ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

4.7 ހަތަރުވަނަ ނުކުތާއަކީ، އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރުމާ ގުޅޭ ކަންކަމަކީ އޭނާ ވަޒީފާއިން ވަކިކުރުމަށްޓަކައި އިސްތިއުނާފް ރައްދުވާ ފަރާތުން ދުރާލާ އިންތިޒާމްކޮށްގެން ކޮށްފައިވާކަމެއްކަން މައްސަލައިގައި ވާޤިޢާތަކުން އެނގެން އޮތްއިރުވެސް އެކަމަށް ރިޢާޔަތްކުރެއްވުމެއްނެތި، ސިވިލް ކޯޓުން މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

5.7 ފަސްވަނަ ނުކުތާއަކީ، އިސްތިއުނާފުކުރާ ފަރާތް ޓްރީޓޮޕް ހޮސްޕިޓަލުގައި ވަޒީފާއަދާކުރަމުންދިޔައިރު އެތަނުގައި ކުރިމަތިލާންޖެހުނު ފުރައްސާރައާ ގުޅިގެން ހުށަހެޅުނު މައްސަލަ އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރުމާހަމައަށްވެސް އިސްތއި ނާފު ރައްދުވާ ފަރާތުން ބަލާފައިނުވާކަމާއި އަދި އެފަރާތުގެ "ބުލީންގ އެންޑް ހެރޭސްމެންޓް ޕޮލިސީ" އާ ޚިލާފުވެފައިވާކަން ސާބިތުވާން އޮތްއިރުވެސް ސިވިލް ކޯޓުން ޙުކުމަށް ވާޞިލްވިގޮތްތަކުގައި އެކަމާ ގުޅިގެން އެއްވެސް ކަމެއް ފާހަގަކުރައްވާފައިނުވާއިރު އަދި އެކަމަށް ރިޢާޔަތްނުކުރެއްވި ސަބަބު ފާހަގަކޮށްފައިނުވުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފަށް އަދުލުވެރިކަމާއެކު ޝަރީޢަތް ހިންގުމުގެ އުޞޫވާ ޚިލާފުކަމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

6.7 ހަވަނަ ނުކުތާއަކީ، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ރިޑަންޑަންޓް ޙާލަތެއް މެދުވެރިގެންނޫންކަން ސާބިތުކުރުމަށްޓަކައި އެކަށީގެންވާ ހެކި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވަނިކޮށް އަދި އެ ހެކިން ސާބިތުވާ ކަންކަން އިސްތިޢުނާފް ރައްދުވާ ފަރާތަށް ނަފީކުރެވިފައިނުވަނީސ ސިވިލް ކޯޓަށް ހުށެހެޅިފައިވާ ހެކި ވަޒަންކުރުމުގައި ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލާ ޚިލާފަށް ހެކި ވަޒަންކުރުމުގައި ޢަމަލުކުރައްވާފައިވާކަމަށ ބުން ހުށަހެޅި ނުކުތާއެވެ.

ރާދިކާ ރާދަކްރިޝްނަނގެ ފަރާތުން ދެއްކި ވާހަކަތައް

8ރާދިކާ ރާދަކްރިޝްނަންގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ތަފްޞީލްކޮށް އިސްތިއުނާފީ ފޯމުގައި ބަޔާންކޮށް ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާތަކާއި ގުޅިގެން ތަފްސީލްކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްސީލތައު ޙުލާސާ ގޮތެއްގައި ބަޔާންކުރަމެވެ.

1.8 ފުރަތަމަ އިސްތިއުނާފީ ނުކުތާ ތަފްސީލުކުރަމުން އިސްތިއު ނާފުކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/44 ޤަޟިއްޔާގެ 13 ވަނަ ޕެރެގްރާފުގައި މުވައްޒަފު ރިޑަންޑަންކުރީ ހަގީގާތުގައިވެސް ކުރަންޖެހޭ ފަދަ ހާލަތެއް އޮވެގެން، އެކަމުގައި ހެޔޮ ނިޔަތުގައިކަން ސާބިތު ކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަމަށް އެޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ. އިސްތިއުނާފުކުރާ ފަރާ ތްރިޑަންޑަންޓްކުރުމަށ ނިންމިކަމަށް ބުން ނިންމުން ނިންމާފައިވަނީ އިސްތިއުނާފު ކުރާ ފަރާތަށް ވަޒީފާގެ ކުރިއެރުން ދިންތ ކުރާ މުއްދަތެއް ފާއިތުވީ ފަހުންކަން އެނގެން އޮތްއިރު، މިކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން އަމަލުކޮށްފައިވަނީ ނުނިޔަތެއް އޮވެގެން ކަމަށާއި، މިއީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ދަށު މަރުޙަލާ ކޯޓުތަކުން ތަބާވާންވާނެކަމަށް ބަޔާންކޮށްފައިވާވާތީ ސިވިލް ކޯޓުގެ މި ނިންމެވުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާވެސް ޚިލާފު ނިންމެވުމެއް ކަމަށެވެ.

2.8 ދެވަނަ އިސްތިއުނާފީ ނުކުތާ ތަފްސީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާގެ އެއްބަސްވުމުގެ 13،14 ވަނަ މާއްދާގެ ދަށުން ނޫންކަންކަމަށާއި، އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާގެ އެއްބަސްވުމުގެ 12 ވަނަ މާއްދާގެ ދަށުން ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނާއިރު، އެ މާއްދާގެ ސުރުހީއަށ ބެލުމުންވެސް މި ބުނާ މާއްދާއަކީ ވަޒީފާއިން ވަކިކުރުމުގައި ނޯޓިސް ދޭންޖެހޭ މުއްދަތު ބަޔާންކުރާ މާއްދާއެއްކަމުން މި މާއްދާގެ ބުނާ ނޯޓިހެއް ދިނުމުގައި އިސްތިއުނާފު ރައްދުވާ ފަރާތް ބޭނުން އިރެއްގައި ވަޒީފާއިން ވަކިކުރުން ހުއްދަކުރާ ގޮތަށް މި މާއްދާގެ މާނަ ނުކުރުވޭނެކަމަށެވެ. އަދި އިސްތިއުނާފުކުރާ ފަރާތް މަޤާމު ހިންގުމުގެ އިސްމަޤާމަކަށް ބަދަލުކޮށްފައިވާއިރު ހިންގުމުގެ އިސް މަޤާމުތައް އަދާކުރާ މުވައްޒަފުން ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުގެ އިސްތިސްނާވާނެކަމަށ ބަޔާންކޮށްފައިވުމުން ޤާނޫނުގް މި މާއްދާގެ ބާރު އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ނުހިނގާނެކަމަށެވެ. އަދި ވަޒީފާއާބެހޭ ޤާނޫނުގެ 04 ވަނަ ބާބުން އިސްތިސްނާވާ ފަރާތެއް ކަމުގައި ބެލިނަމަވެސް ވަޒީފާގެ އެއްބަސްވުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ މާއްދާތަކުގައި ބަޔާންކޮށްފައިވާ ޙައްޤުތައް އިސްތިއުނާފުކުރާ ފަރާތަށް ލިބޭގޮތަށް ހިމަނާފައިވާތީ، އެ ޙައްޤުތައް އެގޮތުގެ މަތިން ލިބޭގޮތށަ މެނުވީ އެއްބަސްވުން މާނަ ނުކުރުވޭނެކަމަށެވެ. އަދި ވަޒީފާގެ އެއްބަސްވުމަށް ގެނެވުނު އެޑަމްޑަމްގައިވެސ މަޤާމް ބަދަލުވި ކަމުގައިވިޔަސް އިސްތިއުނާފުކުރާ ފަރާތުގެ ވަޒީފާގެ އެއްބަސްވުމުގެ ހުރިހާ މާއްދާތައް އެގޮތުގައި ދެމިއޮތްކަމަށް ބަޔާންކޮށްފައިވާތީ، އެކަށީގެންވާ ސަބަބެއްނެތި އިސްތިއުނާފުކުރެ ފަރާތާ ވަޒީފާއިން ވަކިކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަނޭޅޭނެކަމަށެވެ.

3.8 ތިންވަނަ އިސްތިއުނާފީ ނުކުތާ ތަފްސީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ސިވިލް ކޯޓުގެ މަރުޙަލާގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކާއި ދައްކާފައިވާ ވާހަކަތަކުންވެސް ރިޑަންޑަންސީގެ ޙާލަތެއް އިސްތިއުނާފު ރައްދުވާ ފަރާތަށް ކުރިމަތިވެފައިނުވެއެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވާފަދަ ޕްރޮޕޯސަލްއެއް އެގްޒެކެޓިވް ކޮމިޓީއިން ތައްޔާރުކޮށްފައިނުވާކަމަށާއި، އޭގެ އެންމެ ބޮޑު ހެއްކަކީ އިސްތިއުނާފުކުރާ ފަރާތަކީ އެގެޒެކެޓިވް ކޮމިޓީގައި ހިމެނޭ ފަރާތްތަކަށވެފައ އިސްތިއުނާފުކުރި ފަރާތުގާ އަމިއްލަ މަޤާމް އުވާލުމަށް ބޯޑަށް ހުށަހެޅުމަކީ އިސްތިއުނާފުކުރާ ފަރާތުން ކޮށްފާނެ ކަމެއް ކަމަށް ހަމަބުއްދިއަށް ޤަބޫލުކުރެވޭ ކަމެއް ނޫންކަމަށެވެ. މިނުކުތާ އިތުރަށް ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ފަދައިން ޢާންމު އުސޫލުގެ ގޮތުގައި މަދަނީ މައްސަލަތަކުގެ ސާބިތުކުރުމުގެ ބުރަ އޮންނަނީ އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ކަމަށާއިދައުވާކުރ ފަރާތަކާ ހަމައެކަނި ދަޢުވާ ކޯޓަށް އުފުލާ ފަރާތް ނޫންކަމާއި، އޭގެ އިތުރުން ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢު ސާބިތުކުރުމަކީ އެފަރާތުގެ މަޞްއޫލިއްޔަތެއްކަނ ސުޕްރީމް ކޯޓުގް ޤަޟިއްޔާގައި ކަނޑައަޅާފައިވާކަމަށެވެ. އެހެންކަމުން ހުށަހެޅިފައިމިވާ މައްސަލައިގެ ރިޑަންޑަންސީ ކުރިމަތިވިކަމާއި، އަދި އިސްތިއުނާފު ރައްދުވާ ފަރާތުގެ ބޯޑުގެ ޤަރާރުގައި ބަޔާންކޮށް ފައިވާ ފަދައިން އެގްޒެކެޓިވް ކޮމެޓީ އިން ޕްރޮޕޯސަލްއެއް ތައްޔާރުކޮށްފައިވާކަމަށް އިންކާރުކޮށްފައިވާއިރު، ރިޑަންޑަންސީ ޙާލަތެއް ކުރިމަތިވީކަމަށްވެސް އަދި މަޤާމުތަކެއ އުވާލުމަށް އެކްސްކޯ އިން ޕްރޮޕޯސަލްއެއް ތައްޔާރުކުރިކަންވެސް އިސްތިއުނާފު ރައްދުވާ ފަރާތަށް ސާބިތުކޮށްދެވިފައިނުވަނީސް ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި އެކަމަށް ރިޢާޔަތްކޮށްފައި ނުވުމަކީ ސުޕްރީމް ކޯޓުގެ ނަންބަރު -2010/SC A/02 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވ އުޞޫލާ ޚިލާފަށާ ކަމަށެވެ.

4.8 ހަތަރުވަނަ އިސްތިއުނާފީ ނުކުތާ ތަފްސީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން ޑރ.ލުސިއާނޯ މުއްޓިއާ ދެކޮޅަށް ހުށަހެޅި ފުރައްސާރައިގެ މައްސަލަ އިސްތިއުނާފު ރައްދުވާ ފަރާތުން ބަލާފައިނުވާކަމަށެވެ. އަދި އިސްތިއުނާފުކުރާ ފަރާތުން ފުރައްސާރައިގެ މައްސަލަ 23 މެއި 2019 ގައި ކަމަށްވެފައި 24 މެއި 2019 ގައި ޑރ.ލުސިއާނޯގެ ފަރާތުން ވަޒީފާގެ ވަކި ކުރާނެކަން ދޭހަވާ ގޮތަށް އިންޒާރު ދީފައިވަނިކޮށް 04 ޖޫން 2019 ގައި އިސްތިއުނާފުކުރާ ފަރާތުގެ ވަޒީފާގެ މަޤާމު ދަރަޖަ މަތި ކޮށް އަދި އިސްތިއުނާފުކުރާ ފަރާތުން އަދ ކުރަމުންދިޔަ މަޤާމު ރިޑަންޑަންޓްކޮށް ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމަކީ އިސްތިއުނާފު ރައްދުވާ ފަރާތުން ދުރާލާ ރާވައިގެން ނިންމި ނިންމުމެއް ކަމަށެވެ.

5.8 ފަސްވަނަ އިސްތިއުނާފީ ނުކުތާ ތަފްސީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ،ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި ދިވެހިރާއްޖޭގެ ހިންގާ އެންމެހާ ޝަރިޢަތްތައްވެސް ހިންގަންވާނީ އަދުލުވެރިކަމާއި ވަކި ފަރާތަކަށް ނުޖެހި ހާމަކަމާއެކުކަމަށް ބަޔާންކޮށްފައިވާއިރު އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ޝަކުވާގެ މައްސަލަ ބެލުން ލަސްވުމާއި މި ޝަކުވާގެ މައްސަލަ ބަލާފައިވަނީ ޝަކުވާހުށަހެޅުނުތާ އެތައް ދުވަހެއްވީފަހުންކަމަށްވާތީ،މި މައްސަލައިގެ ޙުކުމް ކުރެއްވިއިރު ސިވިލް ކޯޓުން އެއްވެސް ވަރަކަށް މިކަންކަމަށް ރިޢާޔަތްކޮށްފައިނުވާތީ، ސިވިލް ކޯޓުގެ ޙުކުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގް 42 ވަނަ މާއްދާގެ

(ށ) އާ ޚިލާފަށްކަމަށެވެ.

6.8 ހަވަނަ އިސްތިއުނާފީ ނުކުތާ ތަފްސީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި ރިޑަންޑަންސީގެ ޙާލަތެއް ވުޖޫދުގައަ ނެތްކަމަށާއި، އެކްސޯ ޕްރޮޕޯސަލްއެއް ނެތްކަމާއި، ވަޒީފާގެ ކުރިއެރުން ދިންތާ 08 (އަށެއް) ދުވަސް ފަހުން އެއްވެސް މަޤުބޫލު ސަބަބެއް ނެތި ރިޑަންޑަންޓްކުރުމަށ ނިންމް ނިންމުމަކީ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލާއި ޚިލާފަށް ނިންމި ނިންމުމެއްކަމަށެވެ. ރާދިކާ ރާދަކްރިޝްނަންގެ ފަރާތުން އެދޭގޮތް:

9މި މައްސަލައިގައި ރާދިކާ ރާދަކްރިޝްނަންގެ ފަރާތުން އެދެ ނ؛

1.9 ސިވިލް ކޯޓުގެ ނަންބަރު 2612/Cv-C/2019 ޤަޟިއްޔާގައި ސިވިލް ކޯޓުން ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ބާޠިލް ޙުކުމެއްކަމަށް ކަނޑައަޅުއްވާ ދެއްވުމަށާއި،

2.9 އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި ރިޑަންޑަންސީގެ ޙާލަތެއް މެދުވެރިވެފައިވާކަމަށް ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅުއްވާ ދެއްވުމަށާއި،

3.9 އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނުން ހުއްދަކުރާ ގޮތަށްކަމަށާއި އަދި އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބސްވުމާއަ އެއްގޮތަށް ކަމަށް ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުން ބާޠިލް ކޮށްދެއްވުމަށާއި،

4.9 އިސްތިއުނާފުކުރާ ފަރާތް ޓްރީޓޮޕް ހޮސްޕިޓަލުގައި މަސައްކަތްކުރިއިރު ކުރިމަތިވި ފުރައްސާރައިގެ ޝަކުވާތައް އިސްތިއުނާފު ރައްދުވާ ފަރާތުން ބަލާފައިނުވާތީ އިސްތިއުނާފު ރައްދުވާ ފަރާތުން ޢަމަލުކޮށްފައިވަނީ އެފަރާތުގެ އަމިއްލަ ޕޮލިސީއާވެސ ޚިލާފަށް ކަމަށް ކަނޑައަޅުއްވާ ކަނޑައަޅުއްވާ ދެއްވުމަށާއި،

5.9 އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާގެ އެއްބަސްވުމުގެ ބާކީ އޮތް މުއްދަތަށް ވަޒީފާގައި ދެމިހުރިނަމަ ލިބޭނެ އެންމެހާ މުސާރައާއި އިނާޔަތްތައް (ވަޒީފާއިން ވަކިކުރިއިރު ނޯޓިހާއިއެކު ދީފައިވާ މުސާރަ އުނިކުރުމަށްފަހު) އެކީ އެއްފަހރ ދިނުމަށާ އިސްތިއުނާފަ ރައްދުވާ ފަރާތުގެ މައްޗަށް އަންގަވައި އަމުރުކޮށްދިނުމަށެވެ. ޓްރީޓޮޕ ހެލްތް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދެއްކި ވާހަކަތައް:

10ޓްރީޓޮޕ ހެލްތް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި ބަޔާންކޮށްފައިވާ ކަންކަން ޙުލާސާ ގޮތެއްގައި ބަޔާންކުރަމެވެ. މިގޮތުން؛

1.10 އިސްތިއުނާފީ ފުރަތަމަ ނުކުތާތަކުގެ ރައްދުގައި ޓްރީޓޮޕ ހެލްތް ޕްރައިވެޓް ލިމިޓެޑގު ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރުމުގެ ކުރިން ދެފަރާތުގެ ދެމެދުގައި ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތުން ކުރަން ލާޒިމްކުރާ ކަންކަން ކޮށްފައިވާ ކަމަށެވެ. އެގޮތުން އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކުރުމުގެ ކުރިން ވަޒީފާގެ އެއްބަސްވުމުގެ 12 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން، 02 ހަފްތާގެ ނޯޓިސް ބަދަލުގައި ނޯޓިސް މުއްދަތަށް އެކަށީގެންވާ މުސާރައާއި، އޭގެ އިތުރުން 04 މަސްދުވަހުގެ މުސާރަވެސް "ރިޑަންޑަންސީ ޕޭމަންޓް" އެއްގެ ގޮތުގައި ދިނުމަށްފަހު، ޓްރީ ޓޮޕްގެ ހިންގުންތެރިކަން ރަނގަޅަށް ކުރިއެރުވުމަށްޓަކައި، ހޮސްޕިޓަލުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް ބޯޑުގެ ނިންމުމާ އެއްގޮތަށް ހޮސްޕިޓަލްގެ ބައެއް ޑިޕާޓްމެންޓްތައް އުވާލުމަށްފަހު، އޭގެ ސަބަބުން ބައެއް މުވައްޒަފުން ރިޑަންޑަންޓްކުރެވިފައިވާކަމަށެވެ. އަދި އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ ވަޒީފާގެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތުގެމަތީން، އިސްތިއުނާފުކުރާ ފަރާތަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ލިބިދޭ ހައްޤުތަކަށ އެއްވެސް އުނިކަމެއް ނާއަންނަގޮތަށް އަދި އިސްތިއުނާފު ރައްދުވާ ފަރާތާއި ދެފަރާތް ދެމެދުވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ ދަށުން ލާޒިމްކުރާ ކަންކަން ފުރިހަމަކޮށްފައިވާކަމަށެވެ.

2.10 އިސްތިއުނާފީ ދެވަނަ ނުކުތާތަކުގެ ރައްދުގައި ޓްރީޓޮޕ ހެލްތް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވަނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ 12 ވަނަ މާއްދާގެ ދަށުން ޕްރޮބޭޝަން މުއްދަތު ހަމަވުމުން ވަޒީފާގެ އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ޙައްޤު ނޯޓިސް ދިނުމަށްފަހު ނުވަތަ ނޯޓިސް މުއްސަތަށްވ ފައިސާ ނޯޓިސްގެ ބަދަލުގައި ދިނުމަށްފަހު މި މާއްދާގެ ދަށުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާއަދާކުރާ ފަރާތަށް ލިބިގެންވާކަމަށެވެ. އަދި އިސްތިއުނާފުކުރާ ފަރާތަކީ "ސީނިއަރ މުވައްޒަފެއް" ކަމަށް ދެފަރާތަށްވެސް އެއްބަސްވެވޭތި ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުގެ ދަށުން އިސްތިސްނާވާ މުވައްޒަފެއްކަން ދަށުކޯޓުގެ މަރުޙަލާގައި ހުށަހަޅާފައިވާ ބަޔާނުން އެނގޭކަމަށާއި އެހެންކަމުން ދެފަރާތުގެ ދެމެދު ޚިލާފެއް އުފެދިއްޖެނަމަ ދެފަރާތުންވެސް ރުޖޫޢަވާން ލާޒިމްވަނީވަޒީފާގެ އެއްބަސްވުމަށްކަނ އެނގެން އޮތުމުން ރިޑަންޑަންސީއާ ގުޅޭ ނުކުތާއާ ގުޅިގެން ޚިލާފެއް އުފެދިފައިނުވާކަމަށެވެ.

3.10 އިސްތިއުނާފީ ތިންވަނަ ނުކުތާތަކުގެ ރައްދުގައި ޓްރީޓޮޕ ހެލްތް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ތިންވަނަ ނުކުތާގައި ފާހަގަކުރާ ކަންތައްތަކަކީ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ ދަށުން ބަލައިގަނެވޭނެ ނުކުތާއެއް ނޫންކަމަށެވެ. އަދި އިސްތިއުނާފުކުރާ ފަރާތުން ކުރިމަތިކުރުވާ ދަފްޢު ސާބިތުކޮށްދިނުމަކީ އެފަރާތުގެ ޒިންމާއަކަށްވާއިރު އެގޮތުގެ މަތިން ދަށުކޯޓުގައި ސާބިތުކޮށްދެވިފައިނުވާކަމަށެވެ. އަދި އިސްތިއުނާފުކުރާ ފަރާތުގެ މަޤާމު އުވާލާފައިވަނ އިސްތިއުނާފީ ރައްދުވު ފަރާތުގާ އޯގައިޒޭޝަނަލް ސްޓްރަކްޗަރއަށް ގެނައި ބަދަލަކާ ގުޅިގެން ކުންފުނީގެ ޤާރާރަކުން ފާސްކޮށްގެންކަމަށެވެ.

4.10 އިސްތިއުނާފީ ހަތަރުވަނަ ނުކުތާތަކުގެ ރައްދުގައި ޓްރީޓޮޕ ހެލްތް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ދުރާލާ ރާވައިގެން ވަޒީފާއިން ވަކިކުރުމުގެ ނިޔަތެއްގައި ކަން ބުނާ ބުނުމަކީ ކަނޑައެޅިގެން ހަޤީޤަތާއި ޚިލާފު ވާހަކައެއްކަމަށެވެ. އެގޮތުން އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ މައްސަލަ ތަހުޤީޤުކޮށް ނިންމފައިވަނާ ހޮސްޕިޓަލުގެ "ބުލީންގ އެންޑް ހަރޭސްމެންޓް ޕޮލިސީ" ގައި ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތްވާ ގޮތުގެ މަތީން، "ޑިސިޕްލިނަރީ ކޮމިޓީ" އެކުލަވާލުމަށްފަހު، މައްސަލަ ތަހުޤީޤުކޮށްފައިވާކަމަށެވެ. އެހެންކަމުން އިސްތިއުނާފު ރައްދުވާ ފަރާތުން އިހުމާލުވެފައިވާކަމަށް ބުނެ، ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެއްވެސް ފިޔަވަޅެއް އިސްތިއުނާފު ރައްދުވާ ފަރާތުން އަޅާފައިނުވާކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން ކޮށްފައިވާ ތުޙުމތަކީ ހަޤީޤަތާ ޚިލާފު ތުޙުމަތުތަކެއްކަމަށެވެ.

5.10 އިސްތިއުނާފީ ފަސްވަނަ ނުކުތާތަކުގެ ރައްދުގައި ޓްރީޓޮޕ ހެލްތް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ ވަޒީފާ ރިޑަންޑަންޓްވުމާއ އިސްތިއުނާފުކުރި ފަރާތުން ޑރ.ލޫޝިއާނޯ މުއްޓީއާ ދެކޮޅަށް ހުށަހެޅި މައްސަލަ ތަޙުޤީޤު މަރުޙަލާގެ ފުރަތަމަ ބައްދަލުވުން ބޭއްވުނު ދުވަހާއި މައްސަލަ 46 ދުވަހަށް ދިގުމުއްދަތެއް ދިޔަ ކަމަށް ބުނާ ބުނުމަކީ ހުށަހެޅިފައި މިއޮތް މައްސަލައިގެ މަޢުޟޫއާ ގުޅުމެއްނެތް ވާހަކައެއް ކަމަށެވެ. އެގޮތުން ދިވެހިއްރާއްޖޭ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 2008 ގެ 42 ވަނަ މާއްދާއާ ޚިލާފަށްކުރި ކޮންކަމެއް ކަމަށް އިސްތިއުނާފީ މިނުކުތާގައި ސާފުކޮށްދީފައިނުވާކަމަށެވެ.

6.10 އިސްތިއުނާފީ ހަވަނަ ނުކުތާތަކުގެ ރައްދުގައި ޓްރީޓޮޕ ހެލްތް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވަނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ ވަޒީފާގެ އެއްބަސްވުމުގައި އަދި އެމްޕްލޯޔާޒް ހޭންޑް ބުކް އަދި ސީނިއަރ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ހުއްދަކުރާ ގޮތުގެ މަތީންކަމަށެވެ. އަދި އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އާޓިކަލްސ އޮފް އެސޯސިއޭޝަންގެ ދަށނު އިސްތިއުނާފު ރައްދުވާ ފަރާތުގެ ބޯޑަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން ހޮސްޕިޓަލް ހަރުދަނާކޮށް، ހޮސްޕިޓަލަށް ލިބޭ ނަފާ އިތުރުކުރުމުގެ ނިޔަތުގައި ކުންފުނި ރީސްޓްރަކްޗަރ ކުރުމުގެ ތެރޭގައި ކުންފުނީގެ މުވައްޒަފުންތަކެއް އެކުންފުންޏަކުން ދޫކޮށްލަންޖެހޭ ހާލަތެއް މެދުވެރިވެގެން ކަމުގައި ދިވެހިރާއްޖޭގެ ކޯޓުތަކުން ކަނޑައަޅުއްވާފައިވާ ކަންކަމާއި، އަދި މިކޯޓުގެ ނަންބަރ -2015/HC A/02 ޤަޟިއްޔާއިން ބައްލަވާފައިވާ މައްސަލައިގައި މިކޯޓުން ކަނޑައަޅާފައިވާ ކަންކަމަށް ރިޢާޔަތްކޮށްގެން ކަމަށެވެ. ޓްރީޓޮޕ ހެލްތް ޕްރައިވެޓް ލިމިޓެޑގް ފަރާތުން އެދޭގޮތު:

11އިސްތިއުނާފު ރައްދުވާ ފަރާތުން އެދެނީ؛

1.11 ވަޒީފާއާބެހޭ ޓްރައިބިއުނަލް ނަންބަރު 2612/VTR/2019 މައްސަލައިން އިސްތިއުނާފު ރައްދުވާ ފަރާތުން ހިންގަމުން އަންނަ ޓްރީޓޮޕް ހޮސްޕިޓަލްގައި އެސިސްޓަންޓް ޑިރެކްޓަރ އޮފް މެޑިކަލް ސާރވިސަސްގެ މަޤާމު އަދާކުރަނިކޮށް އިސްތިއުނާފުކުރާ ފަރާތް 26 ޖޫން 2019 ގައި ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ ދަށުން ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުން އިސްތިސްނާވާ ސީނިއަރ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ހުއްދަކުރާ ގޮތުގެމަތިންކަމާއި؛

2.11 ވަޒީފާއާބެހޭ ޓްރައިބިއުނަލް ނަންބަރު 2612/VTR/2019 މައްސަލަގައި ދެފަރާތުގެ މެދުގައި 15 ސެޕްޓެމްބަރ 2018 ގައި ފެށޭގޮތަށ ވެފައިވް ވަޒީފާގެ އެއްބަސްވުމުގެ 12 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ކަމަށް ކަނޑައަޅުއްވައި ދެއްވައި؛

3.11 ވަޒީފާއާބެހޭ ޓްރައިބިއުނަލް ނަންބަރު 2612/VTR/2019 މައްސަލާގައި އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ގޮތަށް އެފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ވަޒީފާއާބެހޭ ޤާނޫނާއި، ވަޒީފާގެ އެއްބަސްވުމާ ޚިލާފަށްނޫން ކަމަށް ކަނޑައަޅުއްވައި ދެއްވައި؛

4.11 ވަޒީފާއާބެހޭ ޓްރައިބިއުނަލް ނަންބަރު 2612/VTR/2019 މައްސަލާގައި އިސްތިއުނާފުކުރާ ފަރާތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބިދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލް ނަންބަރު 2612/VTR/2019 މައްސަލައިގައި އެދިފައިވާ 119,272 USD (އެއްލައްކަ ނަވާރަހާސް ދުވިސައްތ ހަތްދިހަ ދޭއް އެމެރިކާ ޑޮލަރު) ލިބިދިނުމަށް އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗށަ އަންގާ އަމުރު ކުރުމަށް އެއްވެސް ޤާނޫނީ ހުއްޖަތެއް ނެތްކަމުގައި ކަނޑައަޅުއްވައި، އަދި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު)ގެ 33 ވަނަ މާއްދާގެ (ރ) ގެ ދަށނު އިސްތިއުނާފުކުރާ ފަރާތަށް ލިބިގެންވާ ޙައްޤެއްނޫންކަން ކަނޑައަޅުއްވައިދެއްވައި؛

5.11 ޓްރީޓޮޕ ހެލްތް ޕްރައިވެޓް ލިމިޓެޑގު ފަރާތުން އެދެނީ ވަޒީފާއާބެހޭ ޓްރައިބިއުނަލް ނަންބަރު 2612/VTR/2019 މައްސަލަ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށްކަމުން އެ މައްސަލައަށް ތާއިދުކޮށްދެއްވައ އިސްތިއުނާފުކުރި ފަރާތުން ކޮށްފައިވާ އިސްތިއުނާފުއަކީ އެއްވެސް ޤާނޫނީ އަސާސެއްނެތް ދައުވާއެއްކަމަށް ކަނޑައަޅުއްވައި ދެއްވައި މައްސަލަ ނިންމަވައި ދެއްވުމަށެވެ. ފާހަގަކުރެވުނު ކަންތައްތައް: އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ، ދެފަރާތުގެ ދެމެދުގައި ވެފައިވާވަޒީފާގެ އެއްބަސްވުން (މީގެ ފަހުން "ވަޒީ ފާގެ އެއްބަސްވުން") އަށް ރިޢާޔަތް ނުކޮށްކަމަށް ބުނާބުނުން:

12HN1އިސްތިއުނާފު ކުރާ ފަރާތާއި، އިސްތއުނާފި ރައްދުވު ފަރާތުން ސިވިލް ކޯޓުގައި މި މައްސަލަ ހިނގަމުން ދިޔަ މަރުޙަލާގައި އެއްބަސްވެފައިވާ އެއް ކަމަކީ، އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކުރިއިރު ހުރި މަޤާމަކީ، ހިންގުމުގެ އިސް މަޤާމަކަށްވާތީ، ވަޒީފާއާބެހޭ ޤާނޫނު ގެ 34 ވަނަ މާއްދާގެ ދަށުން ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުން އިސްތިސްނާވާނެކަމެވެ. މިކަން ސިވިލް ކޯޓުގެ "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް" ގައި ފަނޑިޔާރު ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، ސިވިލް ކޯޓަށް ހުށަހެޅުނު، މި މައްސަލައިގެ ދަޢުވާ ފޯމު ގައި، "މި މަޤާމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުގެ ދަށުން އިސްތިސްނާވެފައިވާ މަޤާމެއްކަން އެނގެއެވެ." މި ފަދައިން އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްފައިވެއެވެ.

13ހަމައެހެންމެ، ސިވިލް ކޯޓުގެ "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު" ގައި ފަނޑިޔާރު ފާހަގަކޮށްފައިވާ ބަޔާންވެދިޔަ ނުކުތާއަކީ، އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ހިމެނޭ ނުކުތާއެއްވެސް ނޫންކަމުން، ސިވިލް ކޯޓުން ކަނޑައަޅާފައިވާގޮތަށް، އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކުރެވުނުއިރު ހުރި މަޤާމަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ސިވިލް ކޯޓުގެ ނަންބަރު 2612/Cv-C/2019 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް" ގެ "ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ

(ށ) ސިވިލް ކޯޓުގެ ނަންބަރު 2612/Cv-C/2019 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް" ގައި ހިމެނޭ "މުދަލާ ފައިސާބެހޭ ބޮޑެތި މައްސަލަތައް ބަލާ ޑިވިޜަނަށް މައްސަލަ ހުށަހަޅާ ފޯމު ( "މި މައްސަލައިގެ ދަޢުވާ ފޯމު) ގެ 8.9 ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުން އިސްތިސްނާވާ މަޤާމެއްކަމުގައި ބަލަންޖެހެއެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުން އިސްތިސްނާވާކަމުގައި ބަލާނަމަ، ދެން ޢަމަލުކުރަންޖެހޭ ގޮތަކީ ކޮބައިކަން އެ ޤާނޫނުގައި ބަޔާންކޮށްފައިނުވެއެވެ.

14އިސްތިއުނާފު ކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ދެމެދުގައި ވެފައިވާ ވަޒަ ފާގެ އެއްބަސްވުމަށީ ބަލާއިރު، އެންމެ ފުރަތަމަ އިސްތިއުނާފު ކުރާ ފަރާތުގެ މަޤާމަކީ، އެސިސްޓަންޓް ޑިރެކްޓަރ އޮފް ކްލިނިކަލް ސަރވިސަސް އެވެ. އެއީ ގްރޭޑް ލެވެލް 7 ގެ މަޤާމެކެވެ. ވަޒީފާގެ އެއްބަސްވުމުގެ PROFILE EMPLOYMENT -C APPENDIX އަށް ބަލާއިރު، އެ މަޤާމަކީ ސީނިއަރ މެނޭޖަރއެއްގެ މަޤާމއްކެ މަށް އެ ލިޔުމުގައި ބަޔާންކޮށްފައިވެއެވެ. އޭގެ ފަހުން، 04 ޖޫން 2019 ގައި އިސްތިއުނާފު ކުރާ ފަރާތުގެ މަޤާމު އެސިސްޓަންޓް ޑިރެކްޓަރ އޮފް މެޑިކަލް ސަރވިސަސް އަށް ބަދަލުކުރެވިފައިވެއެވެ. އެއީ ގްރޭޑް ލެވެލް 8 ގެ މަޤާމެކެވެ.

15ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުން އިސްތިސްނާ ކުރެވިފައިވާ މަޤާމެއްކަމުގައި ބަލައިގެން، އިސްތިއުނާފު ކުރާ ފަރާތުން މައްސަލަ ހުށަހަޅާފައިވުމުންނާއި، އަދި އެކަން ދަޢުވާފޯމުގައިވެސް ބަޔާންކޮށްފައިވުމުން، ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުން އިސްތިސްނާވުމަކީ ކޮބައިކަން ބަލާލާނަމެވެ.

16ވަޒީފާއާބެހޭ ޤާނޫނަށް ބަލާއިރު، "ހިންގުމުގެ އިސް މަޤާމުތަކުގައި ތިބޭ ފަރާތްތައް" އިސްތިސްނާ ވާނެކަމަށް ބަޔާންކޮށްފައިވަނީ، އެ ޤާނޫނުގެ 34 ވަނަ މާއްދާގައެވެ. އަދި މި މާއްދާއަށް އެކި ފަހަރުމަތީން އިސްލާޙު ގެނެވުނު ނަމަވެސް، އެޤާނޫނަށް ގެނެވުނު 6 ވަނަ އިސްލާހާއި ހަމައަށް ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުން އިސްތިސްނާ ކޮށްފައިވާ ފަރާތްތަކެއްގެ ގޮތުގައި، "ހިންގުމުގެ އިސް މަޤާމުތަކުގައި ތިބޭ ފަރާތްތައް" ހިމެނެއެވެ. 6 ވަނަ އިސްލާޙު ގެނެވުމުން، މިހާރު "ހިންގުމުގެ އިސް މަޤާމުތަކުގައި ތިބޭ ވަޒީފާއާ ބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ)ގައި ބަޔާންވެގެންވަނީ އަންނަނިވި ފަދައިންނެވެ. "ތިރީގައި ބަޔާންކުރެވިފައިވާ ފަރާތްތައް މި ބާބުގައިވާ މާއްދާތަކުން އިސްތިސްނާ ވާނެއެވެ ." އެގޮތުން، އެމާއްދާގައި 5 ވަނައަށް ފާހަގަކޮށްފައިވަނީ، "ހިންގުމުގެ އިސް މަގާމުތަކުގައ ތިބި މީހުން" އެވެ." APPENDIX C- EMPLOYMENT PROFILE- Employment position: Senior Manager ފަރާތްތައް" އިސްތިސްނާ ކުރެވިފައިވަނީ، އެޤާނޫނުގެ 32 ވަނަ މާއްދާއާއި 37 ވަނަ މާއްދާއާއި 38 ވަނަ މާއްދާއިން އެކަންޏެވެ. މުޅި އެ ބާބުން އިސްތިސްނާއެއް ނުވެއެވެ.

17HN2ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުން އިސްތިސްނާވާ ފަރާތްތަކެއްކަމުގައި ބުނުމުން، އެ ބާބުގައި ހިމެނޭ، އެ ޤާނޫނުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރުން މަނާވުމުން އިސްތިސްނާވާ ފަރާތެއްކަމުގައި ވެގެންދާނެއެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުން އިސްތިސްނާވާ ހާލަތެއްގައި އަމަލުކުރަންޖެހޭ ހާއްސަ ޤާނޫނެއް ނެތުމުން، އެހާލަތުގައި އަމަލުކުރަނެޖެހޭ ގޮތަކީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށެވެ. އެހެންކަމުން، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވަޒީފާ އަދާކުރަމުންދާ ފަރާތް ދޫކޮށްލުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތަށް އޮންނާނެކަމުގައި ދެކެމެވެ.

18އެގޮތުން، މި މައްސަލާގައި އިސްތިއުނާފު ކުރާ ފަރާތް އެންމެ ފުރަތަމަ އަދާކުރަމުން އައި މަޤާމަށް ބަލާއިރު، އެއީ ސީނިއަރ މެނޭޖަރގެ މަޤާމެއްކަނ އެނގެން އޮންނައިރު، މައްސަލައާއެކު ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތުގެ މަޤާމު ލެވެލް 8 ގެ މަޤާމަކަށް 04 ޖޫން 2019 ގައި ބަދަލުވުމުގެ ކުރިން، އިސްތިއުނާފު ކުރާ ފަރާތަކީ އިސްތިއުނާފު ރައްދުވާ ކުންފުނީގެ އިސްމަޤާމެއްގައި ހުރި ފަރާތެއްކަމުގައި ބެލެވެއެވެ. އެގޮތުން، މައްސަލައާއެކު ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކަމުން ޙަވާލާދެއްވާފައިވާ، އިސްތިއުނާފު ކުރާ ފަރާތުން ސިވިލް ކޯޓަށް މި މައްސަލައާއެކު ޑޮކިއުމެންޓް 11 ގައި ގޮތުގައި ހުށަހަޅާފައިވާ ލިޔުމަށް ބަލާއިރު، އެ ލިޔުމުގައި، އިސްތިއުނާފު ކުރާ ފަރާތަކީ، އެކްސްކޯ މެމްބަރެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ. އަދި ހަމައެފަދައިން، ވަޒީފާ ދިންއިރު އިސްތިއުނާފު ކުރާ ފަރާތުގެ މަޤާމަކީ އެސިސްޓަންޓް ޑިރެކްޓަރ އޮފް ކްލިނިކަލް ސަރވިސަސްގެ މަޤާމުކަމަށް ބަޔާންކުރެވިފައިވަނީ ކުށަކުން ކަމަށާއި، އިސްތިއުނާފު ކުރާ ފަރާތާ ޙަވާލުކުރެވިފައިވަނީ އެސިސްޓަންޓް ޑިރެކްޓަރ އޮފް މެޑިކަލް ސަރވިސަސްގެ މަސްއޫލިއްޔަތުކަމަށާއި، އަދި އެ މަޤާމުގައި ރިޕޯޓް ކުރަންޖެހޭނީ ސީ.އީ.އޯއަށް ކަމަށާއި، އަދި އެ މަޤާމަކީ އެކްސްކޯ މެމްބަރެއްކަމަށާއި، އަދި މަޤާމުގެ ނަން އެގޮތުގެ މަތީން އެދުވަހުން (ބައްދަލުވުން ބޭއްވިދުވަސް) ފެށިގެން ބަދަލުވީކަމުގައި ފާހަގަކޮށްފައިވެއެވެ. އަދި ހަމައެފަދައިން، އިސްތިއުނާފު ކުރާ ފަރާތަކީ، އޭރުވެސް އެކްސްކޯގެ ބައްދަލުވުންތަކުގައި، ބައިވެރިވަމުންދާ ފަރާތެއްކަމާއި، ކުރިއަށް އޮތް ތަނުގައި (މަޤާމު ބަދަލުވުމަށްފަހު) ވެސް ހަމަ އެގޮތުގެ މަތީން އެކްސްކޯގެ ބައްދަލުވުންތަކުގައި ބައިވެރިވަމުންދާނެކަމަށް އެ ލިޔުމުގައި ބަޔާންކޮށްފައިވެއެވެ.

19އެގޮތުން މި މައްސަލައަކީ، ވަޒީފާގެ އެއްބަސްވުމާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށްބުނެ، "އެއްބަސްވުމާމެދު ޚިލާފު އުފެދިގެން ހުށަހަޅާ މައްސަލަ" އެއްގެ ގޮތުގައި، އިސްތިއުނާފު ކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. އެހެންކަމުން، މުޅި މައްސަލައިގެ މަޢުޟޫއަކީ، އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކުރެވިފައިވަނީ، ވަޒީފާގެ އެއްބަސްވުމާ އެއްގޮތަށްތޯ ބެލުން ކަމުގައި ދެކެމެވެ.

20އެހެންކަމުން، ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ، އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކުރެވޭނޭ ހާލަތްތަކަކީ ކޮބައިކަން ބަލާލާނަމެވެ. އެގޮތުން ވަޒީފާގެ އެއްބަސްވުމުގެ އަންނަނިވި މާއްދާތައް ފާހަގަކުރެވެއެވެ.

1.20 ވަޒީފާގެ އެއްބަސްވުމުގެ 11 ވަނަ މާއްދާ (ފިޔަވަޅު އެޅުން) ގެ (e)،

1.1.20 މިއީ، އިސްތިއުނާފު ކުރާ ފަރާތުން ވަޒީފާގެ އެއްބަސްވުމާ ޚިލާފު ވެއްޖެނަމަ، ނުވަތަ އިސްތިއުނާފު ރައްދުވާ ފަރާތުގެ ހޮސްޕިޓަލުގެ ޤަވާޢިދުތަކާއި އުސޫލުތަކާ ޚިލާފުވެއްޖެނަމަ، ނުވަތަ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފު ވެއްޖެނަމަ، ކުންފުނީގެ ޤާނޫނީ އިސްތިއުނާފު ކުރާ ފަރާތުން ސިވިލް ކޯޓަށް މި މައްސަލައާއެކު ޑޮކިއުމެންޓް 11ގެ 6 ވަނަ ޕެރެގްރާފް އިސްތިއުނާފު ކުރާ ފަރާތުން ސިވިލް ކޯޓަށް މި މައްސަލައާއެކު ޑޮކިއުމެންޓް 11ގެ 10 ވަނަ ޕެރެގްރާފް “11. Penalties” “TTH may impose a variety of penalties upon you in the event of your breach of this Agreement, the rules and regulations of TTH or the Employment Act.” … “(e) Dismissal: The decision to dismiss you will not be taken without reference to the attorneys of TTH. Dismissal will be notified to you in writing.” ވަކީލުން މެދުވެރިކޮށް، ލިޔުމުން އަންގައިގެން އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކުރެވިދާނެކަމަށް ބަޔާންކޮށްފައިވާ މާއްދާއެކެވެ.

2.20 ވަޒީފާގެ އެއްބަސްވުމުގެ 13 ވަނަ މާއްދާ (އެކަށީގެންވާ ސަބަބެއް އޮވެގެން އަދި ނޯޓިސް ދިނުމާއެކު ވަޒީފާއިން ވަކިކުރުން)

1.2.20 މި މާއްދާގައި ޖުމްލަގޮތެއްގައި ބަޔާންކޮށްފައިވަނީ، ވަޒީފާ އަދާކުރުމުގައި ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރަމުން ނުދާނަމަ ނުވަތަ ވަޒީފާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ނުކުޅެދޭކަމަށް ފެންނަނަމަ، އެފަދަ ކަންކަން ރަނގަޅުކުރުމަށް ފިޔަވަޅުއެޅުމަށްފަހ އިސްލާހު ނުވެއްޖެނަމަ، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގައިވަ ގޮތުގެމަތީން، 01 (އެކެއް) މަސްދުވަހުގެ ނޯޓިސް ނުވަތަ 01 (އެކެއް) މަސްދުވަހުގެ މުސާރައަށްވާ ފައިސާ ދިނުމަށްހު، ވަޒީފާގެ އެއްބަސްވުން ބާތިލުކޮށް، ވަޒީފާއަދާކުރާ ފަރާތް ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިގެންވާކަމުގައެވެ.

3.20 ވަޒީފާގެ އެއްބަސްވުމުގެ 14 ވަނަ މާއްދާ (ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުން)

1.3.20 މި މާއްދާގައި ޖުމްލަގޮތެއްގައި ބަޔާންކޮށްފައިވަނީ، ވަޒީފާ އަދާކުރާ ފަރާތުން މި މާއްދާގައިވާ ލިސްޓްގައި ބަޔާންކޮށްފައިވާފަދަ ޣައިރު ސުލޫކީ ޢަމަލެއް ކޮށްފިކަން “12. Notice Periods for Termination of Employment” “…Nothing in this Clause shall further prevent TTH from terminating your employment without notice or salary in lieu of notice in appropriate circumstances.” “13. Dismissal for Reasonable Cause and with Notice” As per Section 21 of the Employment Act, where TTH finds you to have failed to maintain work ethics or have demonstrated an inability to carry-out your employment duties and responsibilities related to the proper functioning of the workplace, even after measures have been taken to discipline you or upgrade your skill deficiencies, then TTH shall have the right to dismiss you for reasonable cause and terminate this Agreement by providing you with one (1) calendar month's prior written notice or making a payment to you of one (1) calendar month's salary in lieu of such notice. ސާބިތުވެއްޖެނަމަ، ވަޒީފާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ އެއްގޮތަށް، ނޯޓިސް ދިނުމަކާނުލައި ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު ލިބިގެންވާކަމުގައެވެ.

21މަތީގައި ބަޔާންވެދިޔަ ކަންކަމަށްބަލާއިރު، ވަޒީފާގެ އެއްބަސްވުމުގެ 11، 13 އަދި 14 ވަނަ މާއްދާއަކީ ވަޒީފާއިން ވަކިކުރެވިދާނެ ހާލަތްތައް ބަޔާންކޮށްދޭ މާއްދާތަކެއް ކަމުގައިވާއިރު، އެއިން ކޮންމެ މާއްދާއެއްގައިވެސް، ވަޒީފާއިން ވަކިކުރުމުގައި، އިސްތިއުނާފު ކުރާ ފަރާތުން ކޮށްފައިވާ ނުރަނގަޅު ޢަމަލެއް ނުވަތަ ވަޒީފާއިން ވަކިކުރަންޖެހޭފަދަ އެކަށީގެންވާ ސަބަބެއް އޮންނަންޖެހޭކަމަށް ބަޔާންކޮށްފައިވާކަން ސާފުކޮށް އެނގެއެވެ.

22HN3އެހެންނަމަވެސް، ވަޒީފާއިން ވަކިކުރުމުގައި އެކަށީގެންވާ ސަބަބެއް އޮންނަންޖެހޭނެކަމަށް ބަޔާންކުރާ މާއްދާތަކަށް، "އެމްޕްލޯޔާރސް ހޭންޑްބުކް" އިން އިސްތިސްނާއެއް ގެނެސް، ކުންފުނީގެ "ސީނިއަރ މެނޭޖާރސް" މަޤާމުތަކުގައި ތިބޭ ފަރާތްތައް، ވަޒީފާގައި ހޭދަވި މުއްދަތަށް ރިޢާޔަތްކޮށް ނޯޓިސް ދިނުމަށްފަހު، ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިގެންވާކަމަށާއި، އަދި އެގޮތަށް ވަޒީފާއިން ވަކިކުރުމަކީ، ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން، ވަޒީފާގެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ދެފަރާތުން އެއްބަސްވާ ހާލަތެއްކަމުގައި ބެލެވޭނެކަމުގައި އެމްޕްލޯޔާރސް ހޭންޑްބުކްގައި ބަޔާންކޮށްފައިވެއެވެ.

23ވަޒީފާގެ އެއްބަސްވުމުގެ 41 ވަނަ މާއްދާއަށްބަލާއިރު، އެމްޕްލޯޔާރސް ހޭންޑްބުކްއަށް ޢަމަލުކުރުމަކީ، އެއްބަސްވުމުން ލާޒިމުކުރާ ކަމެއްކަން އެނގެން އޮންނަހިނދު، ވަޒީފާގެ އެއްބަސްވުމުގެ ބައެއްގެ ގޮތުގައި، އެމްޕްލޯޔާރސް ހޭންޑްބުކް ހިމެނޭކަމުގައި ދެކެމެވެ. އެގޮތުން، ވަޒީފާގެ އެއްބަސްވުމުގެ APPENDIX އެމްޕްލޯޔާރސް ހޭންޑްބުކްގެ ޗާޕްޓަރ-8 ގެ "Resignation" މި މަޢުޟޫގެ ފަހު ޕެރެގްރާފް. “For Senior Managers, TTH also reserves the right to terminate their employment contract by serving notification in accordance with above mentioned notice period depending on the duration of the senior Manager’s employment with TTH. Such termination shall be considered as mutually agreed early conclusion of contract.”

41“Other Terms and Conditions EMPLOYMENT PROFILE -C އަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތް އައްޔަންކުރެވުނު މަޤާމަކީ ސީނިއަރ މެނޭޖަރއެއްގެ މަޤާމުކަމަށް އެ ލިޔުމުގައި ބަޔާންކޮށްފައިވެއެވެ.

24އެހެންކަމުން، ވަޒީފާގެ އެއްބަސްވުމުގައި، ވަޒީފާއިން ވަކިކުރުމުގައި އެކަށީގެންވާ ސަބަބެއް އޮންނަންވާނެކަމަށް ބަޔާންކޮށްފައިވާ މާއްދާތަކަށް، އެ އެއްބަސްވުމުގެ 41 ވަނަ މާއްދާގެ ދަށުން، އެމްޕްލޯޔާރސް ހޭންޑްބުކްގެ ޗޕްޓަރަ -8 ގެ ދަށުން އިސްތިސްނާތަކެއް ކަނޑައެޅި، ސީނިއަރ މެނޭޖަރގެ މަޤާމެއްގައި ހުރިނަމަ، ވަޒީފާގައި ހޭދަވި މުއްދަތަށް ބަލައި، ނޯޓިސް ދިނުމަށްފަހު، ވަޒީފާގެ އެއްބަސްވުން ނިމުމަކަށް ގެނައުމުގެ އިޚްތިޔާރު އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިގެންވާކަމުގައި ދެކެމެވެ.

25HN4ކުރިންވެސް ބަޔާންކުރެވުނު ފަދައިން، މި މައްސަލައަކީ، ވަޒީފާގެ އެއްބަސްވުމާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާކަމަށްބުނެ ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައެއްކަމުން، މި މައްސަލާގައި ބަލަންޖެހެނީ، އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި، އިސްތިއުނާފު ރައްދުވާ ފަރާތުން ވަޒީފާގެ އެއްބަސްވުމާ ޚިލާފުވެފައިވޭތޯއެވެ.

26އެގޮތުން ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ ރިޑަންޑަންސީގެ ހާލަތާއި ގުޅިގެންނެވެ. މިހާލަތަކީ ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަމެއްކަމުގައި ނުވިނަމަވެސް، ވިޔަފާރީގެ ނަފާ ހޯދުމުގެ ގޮތުން ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ނަފާ އިތުރުވާނެ ގޮތެއްގެ މަތީން ހިންގުމަށްޓަކައި، ކުންފުނީގެ އިދާރީ އޮނިގަނޑަށް ބަދަލެއް ގެނައުމުގެ ތެރެއިން ކުންފުނީގެ މަޤާމުތައް އުވާލުމުގެ ނުވަތަ ނެތިދިއުމުގެ ހާލަތެއް މެދުވެރިވެދާނެއެވެ. އަދި މިހާލަތަކީ މުވައްޒަފަކު You shall where applicable at all times abide by the Employer’s Handbook, and all other rules and regulations of TTH including its codes of conduct, policies and procedures, standard operating policies and procedures, instructions, circulars, directives and memos as issued and/or amended from time to time.” APPENDIX C- EMPLOYMENT PROFILE- Employment position: Senior Manager ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިސްލާޙުގައި، މުވައްޒަފަކު ވަޒީފާއިން ރިޑަންޑަންޓް ކުރުމުގެ މަފްހޫމް މިހާރު ގެނެސްދީފައިވެއެވެ. ވަޒީފާއިން ވަކިކުރުމަށް މެދުވެރިވެދާނެ، އެކަށީގެންވާ ހާލަތެއްކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ، ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީ މޭރީ ނާޒިއު ޤަޟިއްޔާ ގައި ކަނޑައަޅާފައިވެއެވެ.

27އެހެންނަމަވެސް މިހާލަތުގައިވެސް، ބަލަންޖެހޭކަމަކީ ރިޑަންޑަންޓްކުރަން ނިންމާފައިވާ ނިންމުމެއްގެ މައްޗަށް ނަމަވެސް، އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި ވަޒީފާގެ އެއްބަސްވުމާ ޚިލާފުވެފައިވޭތޯއެވެ.

28HN5އެގޮތުން މިހާލަތުގައިވެސް ވަޒީފާގެ އެއްބަސްވުމާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާކަމުގައި ބެލެވޭނީ، އެމްޕލޯޔާރސް ހޭންޑްބުކްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އިސްތިއުނާފު ކުރާ ފަރާތް ވަޒީފާގައި އުޅުނު މުއްދަތަށް ބަލައި ދޭންޖެހޭ ނޯޓިސް ދީފައި ނުވާނަމަ ކމުގައަ ދެކެމެވެ. އެހެނީ، ސީނިއަރ މެނޭޖާރގެ މަޤާމެއްގައި ހުރުމުން އެމްޕްލޯޔާރސް ހޭންޑްބުކްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނޯޓިސް ދިނުމަށްފަހު، އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކުރުމަކީ، އިސްތިއުނާފު ރައްދުވާ ފަރާތަށް އޮތް އިޚްތިޔާރަކަށްވާތީއެވެ. އަދި އެފަދައިން ނޯޓިސް ދިނުމަށްފަހު ވަޒީފާއިން ވަކިކުރުމުގައި ވަކި ސަބަބެއް ބަޔާން ނުކުރިނަމަވެސް، އަދި ސަބަބަކާ ގުޅުވައިގެން ނަމަވެސް ވަޒީފާއިން ވަކިކުރެވިދާނެކަމުގައި ދެކެމެވެ.

29އެގޮތުން މި މައްސަލައަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކުރުމަށް ނިންމައި، 30 (ތިރީސް) ދުވަހުގެ ނޯޓިސްއެއް ދީފައިވެއެވެ. އިސްތިއުނާފު ކުރާ ފަރާތް ވަޒީފާގައި ހޭދަވި މުއްދަތަށް ބަލާއިރު، ވަޒީފާގައި 03 (ތިނެއް) މަހަށްވުރެ ގިނަދުވަސް ހޭދަވެފައިވާކަމާއި، އަދި 01 (އެކެއް) އަހަރު ފުރިހަމަވެފައިނުވާކަނ އެނގެން އޮތުމުން، އެމްޕްލޯޔާރސް ހޭންޑްބުކްއަށް ރިޢާޔަތްކޮށް، އިސްތިއުނާފު ކުރާ ފަރާތަށް ދޭންޖެހޭ ނޯޓިސްގެ މުއްދަތަކީ 02 (ދޭއް) ހަފްތާއެވެ. އެ މުއްދަތަށް ވުރެ ކުރު މުއްދަތަކަށް ނޯޓިސް ދިނުމަކީ، ވަޒީފާގެ އެއްބަސްވުމާ ޚިލާފުކަމެއްކަމުގައި ބުނެވިދާނެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/44 ޤަޟިއްޔާ Notice of Redundancy and Termination of Employment (25 ޖޫން 2019) ވަޒީފާއާ ހޭދަވި މުއްދަތަކީ 03 (ތިނެއް) މަހައި 01 (އެކެއް) އަހަރާދެމެދުގެ މުއްދަތެއްނަމަ، 02 (ދޭއް) ހަފްތާގެ ނޯޓިސްއެއް ދިނުމަށް ވަޒީފާގެ އެއްބަސްވުމުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ . އަދި ހަމަ މި މުއްދަތު، އެމްޕްލޯޔާރސް ހޭންޑްބުކްގެ ޗެޕްޓަރ 8 ގައިވެސް ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް، މި މައްސަލާގައި ދީފައިވާ ނޯޓިސްގެ މުއްދަތަށް ބަލާއިރު، އެއަށްވުރެ ދިގު މުއްދަތެއް ދީފައިވާހިނދު، އެފަދައިން އެ މުއްދަތު އިތުރަށް ދިނުމަކީ އިސްތިއުނާފު ރައްދުވާ ފަރާތަށް އޮތް އިޚްތިޔާރެއްކަމުގައި ދެކެމެވެ. އަދި އެމްޕްލޯޔާރސް ހޭންޑްބުކްގައި ބޔާންކޮށްފައިވަ ފަދައިން، ނޯޓިސްދިނުމަށްފަހު ވަޒީފާއިން ވަކިކުރަން ނިންމާފައިވާނަމަ، އެއީ ދެފަރާތުގެ ދެމެދުގައި ވެފައިވާ ވަޒީފާގެ އެއްބަސްވުމާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ދެކެމެވެ.

30މަތީގައި ބަޔާންވެދިޔަ ކަންކަމުގެ އަލީގައި ދެނެގަނެވޭ ނަތީޖާއަކީ، އިސްތިއުނާފު ކުރާ ފަރާތަކީ، އިސްތިއުނާފު ރައްދުވާ ކުންފުނީގެ ސީނިއަރ މެނޭޖަރގެ މަޤާމުގައި ހުރި ފަރާތަކަށްވާތީ، ދެފަރާތުގެ ދެމެދުގައިވާ ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ވަޒީފާއިން ވަކިކުރުމުގައި، އެމްޕލޯޔާރސް ހޭންޑްބުކްގައިވާ ގޮތުގެ މަތީން، އެކަށީގެންވާ ސަބަބެއް ބަޔާންކުރުމެއް ނެތިވެސް، ވަޒީފާގައި ހޭދަވެފައިވާ މުއްދަތަށް ރިޢާޔަތްކޮށް ނޯޓިސް ދިނުމަށްފަހު، އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކި ކުރުމުގެ އިޚްތިޔާރު އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިގެންވާކަމެވެ. ސިވިލް ކޯޓުގެ ނިންމުމުން ފާހަގަވާން ހުރި ކަންކަން:

31ސިވިލް ކޯޓުގެ ނިންމުމަށްބަލާއިރު، އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކުރުމަށް ނިންމުމުގައި 30 (ތިރީސް) ދުވަހުގެ ނޯޓިސް އެއް ދީފައިވާކަމާއި، އެހެންނަމަވެސް، އިސްތިއުނާފު ކުރާ ފަރާތް ވަޒީފާގައި ހޭދަވި މުއްދަތަށް ބަލާއިރު، ދޭންޖެހެނީ 14 (ސާދަ) ދުވަހުގެ ނޯޓިސްއެއްކަމަށާއި، އިސްތިއުނާފު ކުރާ ފަރާތަކީ، ހިންގުމުގެ އިސް މަޤާމެއްގައި ހުރި ފަރާތެއްކަމުން މި މައްސަލައިގައި ބަލަންޖެހޭނީ ވަޒީފާގެ އެއްބަސްވުމަށްކަމަށާއި، އަދި ވަޒީފާގެ އެއްބަސްވުމަށް ބަލާއިރު، އެއްބަސްވުމުގެ 12 ވަނަ މާއްދާއާއި އެމްޕްލޯޔާރސް ހޭންޑްބުކްގެ ޗެޕްޓަރ 8 ގެ ދަށުން، ލިބިގެންވާ ޚާއްސަ އިޚްތިޔާރުގެ ދަށުން ނޯޓިސް ދިނުމަށްފަހު، ވަޒީފާގެ އެއްބަސްވުން ނިމުމަކަށް ގެނައުމުގެ އިޚްތިޔާރު އިސްތިއުނާފު ރައްދުވާ ފަރާތަށް އޮތްކަމަށް ބަޔާންކޮށްފައިވެއެވެ.

32HN6މި މައްސަލާގައި ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކުގެ އަލީގައި އާދެވުނު ނަތީޖާއަކީ، ސިވިލް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާ އިސްވެދިޔަ ނުކުތާތަކުގައިވެސ ބަޔާންކޮށްފައިވް ކަންކަމެވެ. އެހެންކަމުން މިހާލަތުގައި، އިސްތިއުނާފު ކުރާ ފަރާތުން އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ބަޔާންކޮށްފައިވާ ފަދައިން، މި މައްސަލާގައި ރިޑަންޑަންސީގެ ހާލަތު އޮތްތޯއާއި، އިސްތިއުނާފީ ތިން ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ފަދައިން، އިސްތިއުނާފު ކުރާ ފަރާތުގެ މަޤާމު އުވާލުމަށް ނިންމި ނިންމުމަކީ، އެކްޒެކެޓިވް ކޮމިޓީގައި މަޝްވަރާކޮށް، އެ ކޮމިޓީން ތައްޔާރުކޮށްފައިވާ ޕްރޮޕޯސަލްއެއްގެ މައްޗަށް ނިންމާފައިވާ ނިންމުމެއްތޯއާއި، އިސްތިއުނާފީ ހަތަރުވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ފަދައިން، އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ، ދުރާލައި ރާވައިގެންތޯއާއި، އިސްތިއުނާފީ ފަސްވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ފަދައިން، އިސްތިއުނާފު ކުރާ ފަރާތުން، އިސްތިއުނާފު ރައްދުވާ ފަރާތަށް ހުށަހަޅާފައިވާ ފރައްސާރައިގު މައްސަލަ ބަލާފައިނުވާތީ، އެއީ އިސްތިއުނާފު ރައްދުވާ ފަރާތުން، އެ ކުންފުނީގެ "ބުލީން އެންޑް ހެރޭސްމަންޓް ޕޮލިސީ" އާ ޚިލާފަށް ކޮށްފައިވާ ކަމެއްތޯ ބަލައި އެކަމަށް އިތުރަށް ގޮތެއް ކަނޑައަޅަންޖެހޭކަމަށް ނުދެކެމެވެ. ނިންމަން ފެންނަގޮތް:

33އިސްވެ ބަޔާންކުރެވުނު ނުކުތާތަކަށް ރިޢާޔަތްކޮށް، އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފަށްކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް، ސިވިލް ކޯޓުގެ ނަންބަރު 2612/Cv-C/2019 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔް

34ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު

35ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

36މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮން ނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ . . މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. . މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ހ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ށ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ނ)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ