ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2021/HC-A/302

މުޙައްމަދު ޙަސަން ވ. އަޙްމަދު ޢަބްދުﷲ އާދަމް އަދި ޞަފްވާން އަޙްމަދު

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓުން އިސްތިއުނާފުގެ ހުއްދަ ދީފައި (2022/SC-L/137)ޙުކުމުގެ ހާލަތު
ހައިކޯޓު · 23 ޖޫން 2022ދަށު ކޯޓު: ސިވިލް ކޯޓު 313/Cv-C/2021ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 313/Cv-C/2021
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ނިޔާވި ޙިއްސާދާރެއްގެ ޙިއްސާ ކުންފުނީގެ ދެން ތިބި ޙިއްސާދާރުންނަށް ބަހާ ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް އިން ރަޖިސްޓަރީކުރި ނިންމުން ބާޠިލުކުރި ސިވިލް ކޯޓުގެ ޙުކުމް، ދަށުކޯޓުގައި ޚަޞްމަކު ނޫން ޙިއްސާދާރަކު އިސްތިއުނާފުކުރެވޭތޯ، ޙިއްސާދާރުންގެ ބަސް ނުހޯދައި ނިންމުމަކީ ޤާނޫނުއަސާސީގެ 42 އާ ޚިލާފުތޯ، އަދި ހިންގާ ޤަވާއިދުގެ 17 ވަނަ މާއްދާ ޑިރެކްޓަރުންގެ ބޯޑުގެ ކުރިއާލާ ހުއްދައެއް ކަމުގައި ބެލެވޭތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދަށުކޯޓުގައި ޚަޞްމަކަށް ނުވި ނަމަވެސް، ޙުކުމުގެ ސަބަބުން ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްގެ ރަސްމީ ދަފްތަރުގައި އޭނާގެ ނަމުގައި އިތުރުކުރެވުނު ޙިއްސާ ބާޠިލުވާ ފަރާތަކީ މަޞްލަޙަތު ހިމެނޭ ފަރާތަކަށްވާތީ، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއާއި ނެކްސްބިޒް ލިމިޓެޑް ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާއަށް ރިޢާޔަތްކޮށް އެ ފަރާތަށް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވެއެވެ.

HN2 ޕްރައިވެޓް ކުންފުންޏެއްގެ ޙިއްސާ އެކަށައެޅުމަކީ ހިންގާ ޤަވާއިދާ އެއްގޮތަށް ކުންފުންޏަށް ލިބިގެންވާ ބާރެކެވެ؛ ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ކުރަނީ ބަދަލަކީ ކުންފުންޏާބެހޭ ޤާނޫނާއި ހިންގާ ޤަވާއިދާ އެއްގޮތަށް ގެނެވޭ ބަދަލެއްތޯ ބަލައި ރެކޯޑު ބަދަލުކުރުމެވެ، ޙިއްސާ އެކަށައެޅުމެއް ނޫނެވެ.

HN3 ދަށުކޯޓުން ގޮތެއް ނިންމާފައިވަނީ ޙިއްސާ އެކަށައެޅުނު ގޮތުގެ ޞައްޙަކަމަށް ނޫން، ރަޖިސްޓްރާރގެ ދައުރު އަދާކުރުމުގައި ކުންފުންޏާބެހޭ ޤާނޫނާއި ހިންގާ ޤަވާއިދުން ލާޒިމުކުރާ ބޯޑުގެ ހުއްދަ އޮތްކަން ކަށަވަރުކުރިތޯ އެކަނި ނަމަ، އަދި ޙިއްސާދާރުންގެ މައްޗަށް ދަޢުވާކޮށްފައި ނުވާނަމަ، އެ ޙިއްސާދާރުންގެ ބަސް ހޯދުން ކޯޓަށް ލާޒިމެއް ނޫނެވެ؛ އެއީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ނޫނެވެ.

HN4 އިސްތިއުނާފުކުރުމުގެ ފުރުޞަތާއި އެ ފަރާތުން ފާހަގަކުރި ކަންކަމަށް އިސްތިއުނާފީ މަރުޙަލާގައި ރިޢާޔަތްކުރެވިފައިވާނަމަ، ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއިން ލިބޭ ޤާނޫނީ ރައްކާތެރިކަން ގެއްލިފައިވާކަމަށް ނުބެލެވޭނެއެވެ.

HN5 ކުންފުންޏާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ޙިއްސާގެ ރަޖިސްޓަރީ ބަދަލުކުރުމުގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ހުއްދަ އޮންނަން ޖެހެއެވެ؛ އެއް ޙިއްސާދާރަކާއި ސެކްރެޓަރީ ސޮއިކުރި ސިޓީއެއްގެ މައްޗަށް އެކަނި ބިނާކޮށް ރަޖިސްޓަރީ ބަދަލުކުރުމަކީ ގޯސް ކަމެކެވެ.

HN6 ހިންގާ ޤަވާއިދުގެ މާއްދާއަކުން ނިޔާވި ޙިއްސާދާރެއްގެ ޙިއްސާ ކުންފުނީގެ ނަމަށް ބަދަލުކުރުމުގެ ބާރު ޑިރެކްޓަރުންގެ ބޯޑަށް ދީފައިވުމަކީ، ޙިއްސާ ވާރިސުންގެ ނަމަށް ބަދަލުކުރުން ކުންފުންޏަށް ލާޒިމު ނުވާކަން ދައްކާ ނަމަވެސް، އެއީ ބޯޑުގެ ކުރިއާލާ ހުއްދައެއް ކަމުގައި ނުބެލެވޭނެއެވެ؛ އެ ބާރު ލިބެނީ ޙިއްސާދާރު ނިޔާވުމުން ކަމަށްވާތީ، ނިޔާވުމުގެ ފަހުން ބޯޑުގެ ނިންމުމެއް ބޭނުންވެއެވެ — ކުރިއާލާ ހުއްދައެއް ކަމަށް މާނަކޮށްފިނަމަ ފަހުން އައިސްތިބޭ ޑިރެކްޓަރުންގެ ބަހެއް ނެތި ގޮތް ނިންމޭނެއެވެ.

HN7 ކުންފުނީގެ ޢާންމު ޖަލްސާއެއް ހަމަޖެހިފައިވާ ގޮތުގެ މަތިން ބޭއްވޭގޮތް ނުވެއްޖެނަމަ، ކުންފުންޏާބެހޭ ޤާނޫނުގެ 72 ވަނަ މާއްދާގެ ދަށުން ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް މެދުވެރިކޮށް ބޭއްވުމުގެ އިޚްތިޔާރު ލިބިގެންވާކަން ކޯޓުން ފާހަގަކުރި (މި މައްސަލައަށް ތަޠުބީޤުކުރުމާމެދު ގޮތެއް ނުނިންމާ).

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފާޠިމަތު ފަރްހީޒާ، ހާތިފް ޙިލްމީ، ޙަސަން ޝަފީޢު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ހާތިފް ޙިލްމީ، ޙަސަން ޝަފީޢު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ފާޠިމަތު ފަރްހީޒާ ގެ ރައުޔު: (މިރައުޔަށް އިސްފަނޑިޔާރު ހާތިފް ޙިލްމީ އާއި ފަނޑިޔާރު ޙަސަން ޝަފީޢު

ތާއީދުކުރެއެވެ.)

ތަޢާރުފު

1މިއީ، ސިވިލް ކޯޓުގެ ނަންބަރު 2021C/-Cv/313 ޤަޟިއްޔާ އެކޯޓުން ނިނމާފް އިވަނީ، ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލތު ކ ޚިލާފަށްކަމަށް ބުނެ […] ޙަސަންގ ފަރާތުން އެމައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.

2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތތަކަކް […] ޢަބްދުﷲ އާދަމް އާއި […] ވާން އަޙްމަދް އެވެ.

3މިމައްސަލަ މިކޯޓަށް ހުށަހެޅުނުއިރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ދައުލަތް) ޚަސްމެއްގެ ގޮތުގައަ ހިމެނިފައިނުވިނަމަވެސް، އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާފައިވާ ސިވިލް ކޯޓުގެ ނަންބަރު 2021C/-Cv/313 ޤަޟިއްޔާއަކީ ދައުލަތުގެ އިދާރާއެއް ހިމެނޭ އިދާރީ ޠަބީޢަތުގެ ދަޢުވާއެއް ކަމުގައިވާތީއާއި އެމައްސަލައިގައި ދަޢުވާ ލިބުނު ފަރާތަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ދައުލަތް) ކަމުގައިވާތީ، މިމައްސަލައިގައި އެފަރާތުގެ މަސްލަޙަތު އޮންނާނެކަމަށް ބެލެވޭތީ މިކޯޓުގެ އިސްނެގުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ދައުލަތް) މިމައްސަލައަށް ތަދައްޚުލުކުރުވުމަށް ނިންމާފައިވެއެވެ.

4މިމައްސަލައިގެ އިސްތިއުނާފު ބިނާކުރެވިފއިވަނީ، އެމް.އެޗް.އޭ ޕްރައިވެޓް ލިމިޓެޑުގަ ޙިއްސާ ރަޖިސްޓަރީކޮށި ކުންފުނީގެ ޕްރޮފައިލްއަށް ބަދަލުގެނެވިފައިވ ގޮތާ ސިވިލް ކޯޓުން ބާޠިލްކުރިއިރު އެކުންފުނގީ އެ ޙއްސާދާރުންގި ބަހެއް ހޯދާފައިނުވުމުގެ މައްޗަށް ކަމުގައިވާތީ، ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފު ކުރެވިފައިވާކަން ކުންފުނީގެ ޙއްސާދާރުންގި މަޢުލޫމާތަށްޓަކައި މިކޯޓުން އެންގުމުން ޙިއްސާދާރުންގެ ތެރެއިން […] ޙަސަން ވަޙީދު އާއި ށ.މަރޮށި/ އޯކިޑްމާގެ އަޙްމަދު ނާޝިދު އާއި […] އިސްމާޢީލް ޢަބްދުއްރަޙްމާނު އާއި […] މުޙައްމަދު ނިޒާމް އާއި އުޘްމާން ޢަބްދުﷲ ޢމްރީ މިމައްސަލައަށ ތަދައްޚުލވެފައް ވެއެވެ. ކުންފުނީގެ ޙއްސާދާރެއްކަމުގައިވި […] ޢަލީ ރިޟާ މިކޯޓަށް ފޯނު މެދުވެރިކޮށް އަންގާފައިވަނި މިމައްސަލައަށް ތަދައްޚުލްވުމަކީ އޭނާ ބޭނުންވާ ކަމެއް ނޫން ކަމަށެވެ.

5މިމައްސަލައަށް އެމް.އެޗް.އޭ ޕްރައިވެޓް ލިމިޓެޑްގެ ބަހެއް ހޯދުން މުހިންމުކަމަށް ޤަބޫލުކުރެވޭތީ، މިމައްސަލައިގެ ތެރެއަށް އެމް.އެޗް.އޭ ޕްރައިވެޓް ލިމިޓެޑުން ތަދައްޚަލްކުރުވުމަށް ނިން މައި، މިމައްސަލައަށް ތަދައްޚުލްވުމަށާއި، ކުންފުނި ތަމްސީލު ކުރާން ފަރާތެއް އައްޔަންކޮށް މިކޯޓަށް އެންގުމަށާއި، މިމައްސަލައިގެ ޝަރީޢަތުގެ މަޖިލީހަށް 3 2 ޙާޟިރުވުމަށް އަންގާ އަމުރު ފޮނުވުނެވެ . ނަމަވެސް ކުންފުނީގެ ބޯޑު ރިޒޮލިއުޝަނުން ހަމަޖައްސާފައިވާ ލޯ ފާރމްގެ ފަރާތުން ވަކީލަކު އައްޔަންކުރުމަށް އިތުރު ވަގުތު ބޭނުންވާތީ އަޑުއެހުން ފަސްކޮށްދިނުމަށް އެދި އެލޯ ފާރމް ގެ ފަރާތުން ސިޓީ ފޮނުވމުނު އެފަރާތުން އަނގަބަހުން އެދުނުގޮތަށ ވަކީލް ހަމަޖެއްސުމަށް 2 ދުވަހުގެ ފުރުސަތެއް ދެވުނެވެ. އެހެންނަމަވެސް، އެމުއްދަތު ތެރޭގައި ވަކީލަކު އައްޔަނުކޮށް އަންގާފައިނުވާތީ މައްސަލަ ނިންމުމަށް 23 ޖޫން 2022 ގައި ތާވަލްކުރެވުނެއެވެ.

1.5. އެއަޑުއެހުމުގެ ކުރިން، އެމް.އެޗް.އޭ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވަކީލަކު އައްޔަނުކޮށް ހުށަހެޅުމުން، އެމް.އެޗް.އޭ ޕްރައިވެޓް ލިމިޑެޓުގެ ބަހެއް ހޯދުމަށް ޝަރީޢަތުން ކުރެވުނު މަސައްކަތުގައި އިސްތިއުނާފު ކުރާ ފަރާތުންނާއި ތަދައްޚުލްވި ފަރާތްތަކުން އެކަމަށް އިންކާރުކޮށް ބުނެފައިވު ނ މިމައްސަލައަށް މިވަކީލުނަ އައްޔަނުކޮށްފައިވާކަން އެނގިފައިނުވާކަމަށާއި، ކުންފުނި އެފަރާތުން ތަމްސީލުކުރުމާމެދު އިޢުތިރާޟްކުރާ ކަމަށެވެ. ކުންފުނީގެ ފަރާތުން ހަމަޖައްސާފައިވާ ވަކީލު ފާހަގަކޮށްފައިވަނީ އެލޯފާމް އައްޔަނުކުރެވިފައިވަނީ ނަންބަރު B9/INDIV/2022/70-(OTHR)95 ނަންބަރު B9/CHT/2022/2738-95 "ކޯޓަށް ޙާޟިރުވުމުގެ އަމުރު" 01 ޖަނަވަރީ 2019 ގައި ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ކުންފުނީގެ ޑައިރެކްޓަރުންގ ބޯޑުގެ ޤަރާރު މުހާމީން ޗެމްބަރސް އެލްއެލްޕީ ގެ ލެޓަރހެޑްގައި ސާދިޙް ނަޞީރު ޕާޓްނަރެއްގެ ޙައިސިއްޔަތުން ސޮއިކޮށް 19 ޖޫން 2022 ގައި ފޮނުވި ސިޓީ މުހާމީން ޗެމްބަރސް އެލްއެލްޕީ ގެ ލެޓަރހެޑްގައި ސާދިޙް ނަޞީރު ޕާޓްނަރެއްގެ ޙައިސިއްޔަތުން ސޮއިކޮށް 23 ޖޫން 2022 ގައި ފޮނުވި ސިޓީ ޙިއްސާދާރު ނިޔައުވުމުގި ކުރިން ކަމަށާއި، މިމައްސަލައާއި ގުޅިގެން ކުންފުނީގެ ފަރާތުން ވަކި އިރުޝާދެއް ލިބިފައިނުވާކަމަށާއި، އެހެންކަމުން މިމައްސަލައިގައި ކުންފުނީގެ ބަހަކީ ކޮބައިކަން ބުނެދެވެން ނެތް

2.5. މި މައްސަލައަކީ އަވަސް ބާވަތުގެ މައްސަލައެއް ކަމުގައިވާތީ މިމައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލައި މިމައްސަލައިގައި ހަސްމުން ހުށަހަޅާފައިވާ ކަންތައްތަކުގެ މައްޗަށް ބިނާކޮށް މޝަރީޢަތުނި ފައިސަލާކުރަންޖެހޭ ނުކުތތަކާމެދ ގޮތެއު ކަނޑައަޅައާ މައްސަލި ނިންމުމަށް ޝަރީޢަތނު ކަނޑައެޅުނެ ވެ.

6މިއަދާއި ހަމައަށްވެސް ކުންފުނި ތަމްސީލު ކުރާން ފަރާތެއް އައްޔަންކޮށް މިކޯޓަށް އަންގާފއަ ނުވުމުން އެމް.އެޗް.އޭ ޕްރައިވެޓް ލިމިޓެޑަށް އެކަށީގެންވާ ފުރުސަތުދެވިފައިވާކަމަށް ބަލައެ މައްސަލަ ކުރިއަށް ގެންދިޔުމަށް ނިންމުނެވެ.

ކަންހިނގާފައިވާ ގޮތް

7އެމް .އެޗް.އޭ ޕްރައިވެޓް ލިމިޓެޑަކީ 1000 (އެއްހާސް) ޙިއްސާގެ މައްޗަށް އެކުލެވިގެންވާ ޕްރައިވެޓް ކުންފުންޏެކެވެ. ކުންފުނީގެ 880 ޙިއްސާ އޮތް ކުންފުނީގެ ފައުންޑަރ މެންބަރު އަދި މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޢަބްދުﷲ 13 މެއި 2020 ގައި ވަނީ ނިޔާވެފައެވެ.

8އަލްމަރޙު މ ޙުސައިން ޢަބްދުﷲ ނިޔައުވުމާ ގުޅިގެން، އެމަރޙު މްގޫ ނަމުގައި، އެމް.އެޗް.އޭ ޕްރައިވެޓް ލިމިޓެޑްގައި އޮތް 880 ޙިއްސާ ކުންފުނީގެ ދެން ތިބި ޙިއްސާދާރުންގެ ނަމުގައި ހަމަހަމައަށް ރަޖިސްޓަރީކޮށްދިނުމަށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ހައިޘިއްޔަތުން އުޘްމާން ޢަބްދުﷲ ޢުމްރީ ސޮއިކޮށް ރަޖިސްޓަރީ ނަންބަރު 014/2013-C – ރަޖިސްޓަރީކުރެވިފައިވަނީ 25 ފެބްރުއަރީ 2013 ގައި ސިވިލް ކޯޓުގެ ނަންބަރު C/2021-Cv/313 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 4 ގެ (ށ) އަދި ކޮމްޕެނީގެ ސެކްރެޓަރީގެ ޙއިސިއްޔަތުނަ މުޙައްމަދް ނިޒާމާ ސޮއިކޮށް 30 ނޮވެންބަރު 2020 ގައި ސިޓީއަކުން ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް އަށް ހުށަހަޅާފައިވެއެވެ.

9ބުނެވުނު ސިޓީގެ މައްޗަށް ބިނާކޮށް 31 ޖަނަވަރީ 2021 ގައި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް އިން އެމް. އެޗް. އޭ ޕްރައިވެޓް ލިމިޓެޑް ގައި ދެން ތިބި ޙިއްސާދާރުންނަށް ހަމަހަމަވާގޮތަށް ރަޖިސްޓަރީކޮށްދީފައިވެއެވެ.

10ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްގެ މި ނިންމުމުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ އެއްވެސް ނިންމުމެއް ނެތި، އަދި ޝަރުޢީ ކޯޓުގެ އަމުރެއް ނެތި، އެމް.އެޗް.އޭ ޕްރައިވެޓް ލިމިޓެޑްގައި އަލްމަރްޙޫމް ޙުސައިން އަބްދުﷲ ގެ މިލްކުގައި އޮތް ޙިއްސާތައ އެހެން ފަރާތްތަކަށް ބަދަލުވާގޮތަށް ރަޖިސްޓަރީ ކޮށްދިނުމަކީ ކުންފުނީގެ ހިންގާ ޤަވާއިދާ، ކުންފުންޏާބެހޭ ޤާނޫނާ ޚިލާފު ނިންމުމެއް ކަމުގައިވާތީ ރަޖސްޓްރާރގި އެނިންމުން ބާޠިލްކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވެއެވެ. އެއީ މިއިސްތިއުނާފުން ބެލެމުން މިދާ ސިވިލް ކޯޓުގެ ނަންބަރު 2021/C-Cv/313 ޤަޟިއްޔާއެވެ.

ސިވިލް ކޯޓގު މަރުހަލާ

11ސިވިލ ކޯޓަށް މައްސަލް ހުށަހަޅާފައިވަނީ އަޙްމަދު ޢަބްދުﷲ އާދަމް އާއި ޞަފްވާން އަޙްމަދުއެވެ. މީގެ ތެރެއިން އަޙްމަދު ޢަބްދުﷲ އާދަމް އަކީ ނިޔައުވި ޙިއްސާދާރުގެ ވާރިސެކެވެ. އަދި ޞަފްވާން އަޙްމަދަކީ ކުންފުނީގެ ޙއްސާދާރެކެވެ. މިފަރާތްތަކުގެ ދަޢުވާ މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ މަރޙް މ ޙުސައިން ޢަބްދް ﷲ ނިޔައުވިއިރު މަރޙް މްގޫ ނަންމަތީގައި ހުރި އެމް.އެޗް.އޭ ޕްރައިވެޓް ލިމިޓެޑްގެ 880 ޙއްސި މަރޙް މ ގ ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި ޚުލާޞާ ބަޔާނާއެކު ހުށަހެޅި ހެކިންގެ ލިސްޓްގެ "އެގްޒިބިޓް 8" ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި ޚުލާޞާ ބަޔާނާއެކު ހުށަހެޅި ހެކިންގެ ލިސްޓްގެ "އެގްޒިބިޓް 5" ގެ ގޮތުގައި ހުށަހަޅާ ފައިވާ " ކޮމްޕެނީ ޕްރޮފައިލް އިންފޮމޭޝަން ޝީޓް" 31 ޖަނަވަރީ 2021 ފެމިލީ ކޯޓުގެ ނަންބަރު C/2020-Fm/835 ޤަޟިއްޔާއިން ވާރިސުންގެ ގޮތުގައި ކަނޑައަޅައިފައިވނަ […] އަޙް މަދު ޢަބްދުﷲ އާދަމް އާއި […] އައް ޝައިޙު އުޘްމާން ޢަބްދު ﷲ ޢުމްރީ ނަމުން ވަކިކޮށް ކުންފުނީގެ ދެން ތިބި މެންބަރުންގެ ނަންމައްޗަށް ބަދަލުކޮށްފައިވަނީ ކުންފުނީގެ ޑައިރެކްޓަރުންގެ ބޯޑުގެ ނިންމުމެއް ނެތި ކުންފުންޏާބެހޭ ޤާނޫނއާ އެމް.އެޗް.އޭ ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ޤަވާއިދާއި އިސްލާމީ ޝަރީޢަތުގެ އަސްލުތަކާއި ޤާނޫނުއަސާސީން ލިބިދޭ މުދައު ވާރުތަކުރުމުގެ ޙައްޤުން މަޙރޫމްވާގޮތަށް ކަމަށް ބުނެއެވެ.

12މައްސަލަ ރައްދުވާ ފަރާތަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ދައުލަތް) އެވެ. ދައުވާ އަށް އިންކާރުކުރަމުން ދައުލަތުން ބުނެފައިވަނީ ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް އިން އެމް.އެޗް.އޭ ޕްރައިވެޓް ލިމިޓެޑްގެ ޙިއްސާ ބަދަލުކޮށްފައިވަނީ ކުންފުންޏާބެހޭ ޤާނޫނއާ އެމް.އެޗް.އޭ ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިންކަމަށެވެ. އެގޮތުން ކުންފުންޏާބެހޭ ޤާނޫނގު 36 ވަނަ މާއްދާގައި ކުންފުންޏެއްގެ ހިންގާ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ ހުއްދައާ އެކު ކުންފުނީގެ ޙއްސި އެކެއްގެ ކިބައިން އަނެކަކަށް ބަދަލުކުރެވިދާނެކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، އެޤާނޫނުގެ 38 ވަނަ މާއްދާގައިވެސް ކުންފުންޏެއްގެ މެންބަރަކު މަރުވެއްޖެނަމަ އެކުންފުންޏެއްގެ ހިންގާ ޤަވާއިދާ ޚިލާފުނުވާނ ގޮތެއްގެ މަތިން އެޙިއްސާގެ ވެރިން ރަޖިސްޓަރީކޮށްދެވިދނެކަމަށެވެ. އަދި އެމް.އެޗް.އޭ ޕްރައިވެޓ ލިމިޓެޑްގެ ހިންގާ ޤަވާއިދުގެ 17 ވަނަ މާއްދާގައި ހިންގާ ޤަ ވާއިދުގައި ސޮއިކުރިއިރު ތިބޭ ޙއްސާދާރުނި ނިޔާވުމުން އެމީހުންގެ ޙިއްސާ ކުންފުންނަށް ބަދަލުކުރުމަށްފަހު ކުންފުނީގެ މެންބަރުންގެ ގޮތުގައި ތިބި އެންމެހައި ފަރާތްތަކަށް ހަމަހަމައަށް ބަހާލަންވާނެކަމަށް ބަޔާންކޮށްފައިވާކަމަށާއި، ނިޔައުވި ޙއްސާދާރުންގި ވާރިސުން އިންކާރުކުރިނަމަވެސ މިކަން މިގޮތަށް ކުރުމުގެ ބާރު ޑިރެކްޓަރުންގެ ބޯޑަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާކަމަށެވެ. އެހެންކަމުން، މިއީ ކުރިއާލާ ކުންފުނީގެ ޑިރެކްޓަރުން ނިންމާފައިވާ ގޮތް ކަމުން ޤާނޫނު ނަންބަރު 1996/10 ކުންފުންޏާބެހޭ ޤާނޫނު ޙި އްސާތައ ކުންފުންޏަށް ބަދަލުކުރެވިފައިވަނީ ކުންފުނީގެ ހިންގާ ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން ކަމަށެވެ. އަދި، ދައުލަތުން ފާހަގަކޮށްފައިވަނީ ކުންފުނީގެ ޙިއްސާތަކަކީ ވާރުތަވެރިންނަށް އޭގެ ޒާތުގައި ކޮންމެހެން ލިބެންޖެހޭ އެއްޗެއް ނޫންކަމާއި ވާރުތަވެރިންނަށް ޙައްޤުވާނީ ޙިއްސާ ނުވަތަ އޭގެ އަގުކަމަށާއި މޙި ލަތުގައާ މަރްޙޫމްގެ ވާރިސުންނަށް ލިބެންޖެހެނޫ ޙިއްސާގެ އަގުކަމަށެވެ.

13ސިވިލް ކޯޓުގައި މައްސަލަ ހިނގަމުން ދަނިކޮށް ކުންފުނީގެ ޖެނެރަލް މެނޭޖަރ އަދި މަރޙް މ ގ ވާރިސެއްކަމު ގައިވާ އުޘްމާން ޢަބްދުﷲ ޢުމްރީ މައްސަލައަށް ތަދައްޚުލްވެފައިވެއެވެ. އެފަރާތުން ދައުލަތުގެ ޖަވާބުގައި ޙިއްސާތައް ރަޖިސްޓްރީކޮށްފައިވާ ގޮތާއި ގުޅޭގޮތުން ދައްކާފައިވާ ވާހަކަތަކަށް ތާއީދުކޮށްފައިވާއިރު ޙިއްސާގެ އަގު ވާރިސުންނަށް ލިބުމާމެދު އިންކާރުކޮށްފައިވެއެވެ.

14ސިވިލް ކޯޓުގެ ނަންބަރު C/2021-Cv/313 ޤަޟިއްޔާ ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، އިސްވެދިޔަ ބަޔާންތަކާއި، ފާހަގަ ކުރެވުނު ނުކުތާތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކާއި ކަމާގުޅޭ ޤާނޫނުތަކަށް ރިޢާޔަތްކޮށް ބަލާއިރު، 13 މެއި 2020 ގައި، […] / މާލެ، ޙުސައިން ޢަބްދުﷲ ނިޔައުވެފައިވާކަމާއި، އަލްމަރުޙޫމް ޙުސައިން ޢަބްދުﷲގެ ނަމުގައި އެމް.އެޗް.އޭ ޕްރައިވެޓް ލިމިޓެޑްގައި 880 (އަށްސަތޭކަ އަށްޑިހަ) ޙިއްޞާ އޮންނަކަމާއި، ޙުސައިން ޢަބްދު ﷲ ނިޔާވުމުން، އެ މަރްޙޫމް ގެ އެ ޙިއްޞާތައް އެކުންފުނީގައި ދެންތިބި ޙިއްޞާދާރުންގެ ނަމުގައި 31 ޖެނުއަރީ 2021 ގައި، ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް އިން ރަޖިސްޓްރީ ކޮށްދީފައިވަނީ، އެކުންފުނީގެ ޑިރެކޓްރުންގ ބޯޑުގެ ނިންމުމެއްނެތި، ކުންފުންޏާބެހޭ ޤާނޫނުގެ 83،36 އަދި 45 ވަނަ މާއްދާ އާއި، އަދި އެމް.އެޗް.އޭ ޕްރައިވެޓް ލިމިޓެޑް ގެ ހިންގާ ޤަވާއދުގި 17 ވަނަ މާއްދާއާއި، އެމް.އެޗް.އޭ ޕްރައިވެޓް ލިމިޓެޑްގެ ބޯޑް އޮފް ޑިރެކްޓަރުންގެ ޖަލްސާތައް ކުރިއަށް ގެންދަންޖެހޭ ގޮތާއި ޚިލާފަށް، ކުންފުނީގެ ފަރާތުން މެނޭޖިން ޑިރެކޓަރާއި، ސެކްރެޓަރީ ސޮއިކޮށް 30 ނޮވެމްބަރު 2020 ގައި ރަޖިސްޓްރާ އޮފް ކޮމްޕެނީޒް އަށް ފޮނުވާފައިވާ ހަމައެކަނި ސިޓީއެއްގެ މައްޗަށްކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނާތީ، އަލްމަރުޙޫމް ޙުސައިން ޢަބްދުﷲގެ ނަމުގައި އެމް.އެޗް.އޭ ޕްރައިވެޓް ލިމިޓެޑްގައި އޮތް، އަލްމަރްޙޫމް ޙުސައިން ޢަބްދުﷲ ގެ 880 (އަށްސަތޭކަ އަށްޑިހަ) ޙިއްޞާ، އެކުންފުނީގެ ދެންތިބި ޙިއްޞާދާރުންނަށް ހަމަހަމަވާ ގޮތަށް ރަޖިސްޓަރީކޮށްދިނުމަށް، 31 ޖަނަވަރީ 2021 ގައި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް އިން ނިންމާފައިވާ ނިންމެވުމަކީ ބާޠިލް ނިންމެވުމެއްކަމުގައ ކަނޑައަޅައި ޙުކުމް ކޮށްފީމެވެ."

15ސިވިލ ކޯޓުގް ނިންމުން ބިނާކޮށްފައިވަނީ އަންނަނިވި އަސާސްތަކުގެ މައްޗަށެވެ.

1.15 އެމް.އެޗް.އޭ ޕްރައިވެޓް ލިމިޓެޑުގެ ފައުންޑަރ މެމްބަރު ނިޔާވުމާއި ގުޅިގެން، އެމަރްޙޫމްގެ ނަމުގައި އެމް.އެޗް.އޭ ޕްރައިވެޓް ލިމިޓެޑްގައި އޮތް 880 (އަށްސަތޭކަ އަށްޑިހަ) ޙިއްސާ ކުންފުނީގެ ހިންގާ ޤަވާއިދުގެ 17 ވަނަ މާއްދާއާ ޙަވާލާދީ ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްގެ ސިޓީއަކުން ކުންފުނީގެ ޙިއްސާ ދެންތިބި ޙިއްސާދާރުންގެ ނަމުގައި ހަމަހަމައަށް ރަޖިސްޓްރީކޮށްފައިވާކަން.

2.15 ކުންފުނި ހިންގާނެ މަސްދަރުތައްކަމަށް ހިންގާ ޤަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ކުންފުންޏބޭހާ ޤާނޫނާއި، ކުންފުނީގެ ހިންގާ ޤވާއިދަ އަސާސީ ޤަވާއިދުގައި ކަމަށާއި، ހިންގާ ޤަވާއިދުގެ 17 ވަނަ މައްދާގެ ދަށުން ޙިއްސާދާރެއް ނިޔާވެއްޖެ ޙަލާތެއްގައި އމަލުކުރަންވާނަ ޑިރެކްޓަރުންގެ ބޯޑުން ނިންމާ ނިންމުމެއްގެ މައްޗަށްކަމަށާއި، ކުންފުނީގެ ޢާންމު މަޖިލީހުން ނުވަތަ ކުންފުނީގެ ހަމައެކަނި އެންމެ ޑިރެކްޓަރަކު ނިންމާ ނިންމުމެއްގެ މައްޗަށް ނޫންކަން؛

3.15ކުންފުންޏާބެހޭ ޤާނޫނުގެ 44 އަދި 45 ވަނަ މާއްދާގެ ދަށުން ކުންފުނި ހިންގޭނީ ޑިރެކްޓަރުންގެ ބޯޑުންކަމަށް ބަޔާންކޮށްފައިވާކަމާއި އެމް.އެޗް. އޭ ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ޤަވާއިދުގެ ބޯޑު އޮފް ޑިރެކްޓަރުންގެ ޖަލްސާތައް މިސުރުޚީގެ ދަށުން (ށ) ގައި ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާތައް ކުރިއަށް ގެންދަންވާނީ އަބަދުވެސް މަދުވގެނެ 2 ޑިރެކްޓަރުންނާއި ކުންފުނީގެ ސެކްރެޓަރީގެ ޙާޟިރުގައިކަމަށ އޮތުމުން އެމް. އެޗް. އޭ ޕްރައިވެޓް ލިމިޓެޑް ގެ ބޯޑުން ކަމެއް ނިންމޭނީ މަދުވެގެން 2 ޑިރެކްޓަރުން ޙާޟިރުވެ ތިބެގެންކަން؛

4.15 އެމް.އެޗް.އޭ ޕްރައިވެޓް ލިމިޓެޑުގައި އޮތް 880 (އަށްސަތޭކަ އަށްޑިހަ) ޙިއްޞާ، ޙުސައިން ޢަބްދުﷲ ނިޔާވުމުން، އެކުންފުނީގެ ދެންތިބި ޙިއްޞާދާރުންގެ ނަމުގައި ހަމަހަމަ ވާގޮތަށް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް އިން ރަޖިސްޓރް ކޮށްދީފައިވަނީ، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމެއް ނެތި، ކުންފުންޏާބެހޭ ޤާނޫނުގެ 36، 38 އަދި 45 ވަނަ މާއްދާއާއި އެމް.އެޗް.އޭ ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ޤަވާއިދގު 17 ވަނަ މާއްދާއާއި ކުންފުނީގެ ބޯޑް އޮފް ޑިރެކްޓަރުންގެ ޖަލްސާތަކާއި ޚިލާފަށްކަން؛ އިސްތިއުނާފީ ނުކތާތު އ

16ސިވިލ ކޯޓުގް ނަންބަރު C/2021-Cv/313 ޤަޟިއްޔާގައި ޙުކުމްކުރުމާއި ގުޅިގެނު މުޙައްމަދް ޙަސަންގ ފަރާތުން އެމައްސަލަ ދިވެހިރާއްޖޭގެ ހަ އިކޯޓުގައ އިސްތިއުނާފި ކުރމުނަ އަންނަނިވި ނުކުތާ ތައް ފާހަގަކޮށް، އެ ނުކުތތަކާމެދ ދިވެހިރާއްޖޭގު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައި ވެއެވެ. މިގޮތުން ހުށަހެޅި ނުކުތާތަކަކީ؛

1.16. ޤާނޫނުއަސާސީގެ 56 ވަނަ މާއްދއާއާ ޙަވާލާދީ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި މަސްލޙަތ ހުރު ކޮންމެ ފަރާތަކަށް އިސްތިއުނާފުކުރުމުގެ ހައޤް ލިބޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ އުސޫލަށް ބަލާއިރު ސިވިލ ކޯޓުގެ ނަންބަރު C/2021-Cv/313 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ޙައްޤު އިސްތިއުނާފުކުރާ ފަރާތަށް ލިބިގެންވާކަން؛

2.16. އިސްތިއުނާފްކުރާ ފަރާތުގެ ޙައްޤަކަށް ކަނޑައެޅިގެން އުނިކަން ލިބޭގޮތަށް ކޮށްފައިވާ ދައުވާއެއްކަމަށް ދައުވާގައި ބަޔާންކޮށްފައިވުމާއެކުވެސް އިސްތިއުނާފްކުރާ ފަރާތުގެ އެއްވެސް ބަހެއް ހޯދުމަކާއި ނުލާ މައްސަލައިގެ ޙުކުމްކޮށްފައިވަނީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ ގެ (ހ) އާއި ޚިލާފަށް އަދި ޤާނޫނު ނަންބަރު 2010/13 ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 31 ވަނަ މާއްދާގެ (ށ) އާއި ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމަށް؛ ނަންބަރު 2012/SC-A/26

3.16.ސިވިލ ކޯޓުގް ނަންބަރު C/2021-Cv/313 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާއި ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމަށް؛

4.16.ސިވިލ ކޯޓުގް ނަންބަރު C/2021-Cv/313 ޤަޟިއްޔާގައި ކުންފުނީގެ ރަޖިސްޓްރާރ ޙިއްޞާ އެކަށައަޅާފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށް ދައުވާކޮށްފައިވިޔަސް ރަޖިސްޓްރާރ ޚިލާފުވީ ޤާނޫނެއް ބުނެދީފައިނުވަނީސް ޤާނޫނާއި ޚިލާފަށްކަމަށް ކަނޑައަޅައި މައްސަލަ ނިންމަވާފައިވާކަމަށް؛

5.16. ސިވިލް ކޯޓުގެ ނަންބަރު C/2021-Cv/313 ޤަޟިއްޔާގައި ބޯޑު އޮފް ޑިރެކްޓަރުންގެ ނިންމުމެއްނެތި ޙިއްޞާ ބަދަލުކުރުމަށް ނިންމި ނިންމުން ޞައްޙަ ނުވާނެކަމަށް ނިންމާފައިވަނީ ހިންގާ ޤަވާއިދަށް ބޯޑުން ރުހުން ދީފައިވާތީކަމަށް ރަޖިސްޓްރާރ ޖަވާބުދީފައި ވުމާއެކުވެސ މިނުކުތާއަށް ގޮތެއް ނުނިންމައި މައްސަލައިގެ ޙުކުމްކޮށްފައިވުމާއި އަސްލު މައްސަލަ އުފެދިފައިވާ ނުކުތާއާމެދު ޙައްލެއް ހޯދައިދީނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުންނާއި ރައްދުވާ ފަރާތްތަކުން ފާހަގަކުރި ކަންތައްތައު

17އިސްތިއުނާފީ ފުރުތަމަ ނުކުތާގެ ތަފޞް ލުގައީ އިސްތިއުނާފުކުރާ މުޙައްމަދު ޙަސަންގެ ފަރާތުން ފާހަގަކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު C/2021-Cv/313 ޤަޟިއްޔާގެ މައުޟޫއަކީ އެފަރާތުގެ ނަމުގައިވާ ޙިއްސާއެއް އަތުލައި އެހެން ފަރާތަކަށް ހަމަޖެހުންކަމުގައިވާއިރު، ސިވިލް ކޯޓުގައި މައްސަލަ ކުރިއަށް ދިޔައިރު އެކޯޓަށް މައްސަލަ ހުށަހެޅި ފަރާތްތކަ ނ ނުވަތް ދައުވާ ލިބުނު ފަރާތުން ނުވަތަ ކޯޓުންވެސް މި ދައުވާއާ ގުޅޭ މޢަ ލޫމާތު އެފަރާތަށު ޙިއްސާކޮށްފައ ނުވި ކަމަށެވެ. އެހެންކަމުން، ދަށު ކޯޓުގައި މައްސަލައިގެ ތެރެއަށް ތަދައްޚުލްވުމުގެ ފުރުޞަތުވެސް އިސްތިއުނާފުކުރާ ފަރާތަށް ލިބިފައިނުވާކަމަށެވެ. އެހެންކަމުން، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ގާއިމްކޮށްފައިވާ އުސޫލާއި ހަވާލާދީ މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބެންޖެހޭކަމަށެވެ.

1.17. މިނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ޞފްވާނ އަޙްމަދް އަދި އަޙްމަދު ޢަބްދަ ﷲ އާދަމްގެ ފަރާތުން ބުނެފައިވަނީ، އެމް.އެޗް.އޭ ޕްރައިވެޓް ލިމިޓެޑުގެ ޙއާ ޞްގޮތުން ބޭއްވޭ އާނމް ޖަލްސާއެއް ކުރިއަށް ނުގެންދެވުނީ ސިވިލް ކޯޓުގެ ޤަޟިއްޔާގެ ތެރެއިން ނެރުނު ވަގުތީ އަމުރުގެ ސަބަބުނަ ކަމަށްވާތީ ދަށުކޯޓުގައި މައްސަލަ ހިނގަމުންދާކަން އެފަރާތަށް އެނގޭނެކަމަށެވެ. އަދި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ހައިކޯޓުނަ މައްސަލަތައް ބަލާނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކމަށަ ބަލައިގެންކަމަށެވެ. މިމައްސަލައަށ ތަދައްޚުލްވުމުގެ ފުރުސަތު އޮވެ ތަދައްޚުލް ނުވުމުގެ ސަބަބުން ކޯޓަށް ވަކި ދިފއާ އެ ހުށަނޭޅި ޝަރީޢަތަށް ޙާޟިރުވާ ހުށަހަޅަން ބޭނުން ދިފާއެއް ހުށަނާޅާ އެފަރާތުން އެ ޙއަޤއެ ދޫކޮށްލާފައިވާކަމަށެވެ.

18އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފޞް ލުގައީ އިސްތިއުނާފުކުރް މުޙައްމަދާ ޙަސަންގެ ފަރާތުން ފާހަގަކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރ C/2021-Cv/313 ޤަޟިއްޔާގެ މައުޟޫގައި އެމް.އެޗް. އޭ ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ޤަވާއިދުގެ މާއްދާއެއް މާނަކޮށް ޙިއްސާތަކެއް އުނިކުރުމަށް ރަޖިސްޓްރާރއަށް އަންގައި އަމުރުކޮށް މައްސަލަ ނިންމާފައިވާއިރު ކުންފުނީގެ ފަރާތުން ބަހެއް ހޯދާފައިނުވާކަމށާއަ، އަދި 8 ޙިއްސާދާރުންނަށް ހިންގާ ޤަވާއިދާ އެއްގޮތަށް ލިބިފައިވާ ޙިއްސާ އުނިކުރުމުގެ މައްސަލަ ނިމިގެން ދިޔައިރު އެޙއްސާދާރުންގެ ބަހެއި ހޯދާފައިނުވާކަމަށެވެ. އެހެންކަމުން، މިދޢަ ވާގައު މިމައްސަލައިގައި ބައިވެރިވި ފަރާތެއްގެ ގޮތުގައި ނުވަތަ ނަންބަރު 2012/SC-A/26 އިންޟިމާމ ކުރެވު ފަރާތެއްގެ ގޮތުގައި ބައިވެރިކޮށްފައިނުވާތީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ލިބިދޭ އިންސާފުވެރިކަމާއެކު ޝަރީޢަތްކުރެވުމުގެ ޙައްޤުން މޙަ ރޫމްވެފައިވާކަމަށެވެ.

1.18. މިނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ޞފްވާނ އަޙްމަދް އަދި އަޙްމަދު ޢަބްދަ ﷲ އާދަމްގެ ފަރާތުން ބުނެފައިވަނީ ދަށު ކޯޓަށް ހުށަހެޅުނު މައްސަލައަކީ ކުންފުނީގެ ޙއްސާދާރުނި އަދި ބޯޑު ޑިރެކްޓަރުންގެ ބަހެއް ނެތި ހުދު ރަޖިސްޓްރާރ އަމިއްލައަށް ފެންނަ ފެނުމުގެ މައްޗަށް ކުންފުނީގެ ޙއްސި ރަޖިސްޓަރީކޮށްދީފައިވާތީ އެނިންމުން ތައުނުކޮށް ހުށަހެޅުނު މައްސަލައެއްކަމާއި އެ މައްސަލައިގައި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ޖަވާބުދާރީވެ ފައިވާކަމާއ އަދި ކުންފުނީގެ ބޯޑު ޑިރެކްޓަރުންގެ ތެރޭގައި އެވަގުތު ދުނިޔޭގައި ހުރި ހަމައެކަނި ފަރާތުން ތަދައްޚުލްވެފައިވާކަމަށެވެ. ޝަރީއަތުން މިމައްސަލައިގައި ހުސޫމާތު އުފެދެނީ ކޮންފަރާތެއްގެ މެދުގއަތޯ އާއި އެހުސޫމާތާއ ގުޅިގެނި ޖަވާބުދާރީވާންޖެހޭ ހަޤީޤީ ފަރާތަކީ ކޮބައިތޯ ކޯޓުން ބަލާފައިވާކަމަށެވެ. ޤާނޫނީ އަސާސްތަކާއި ޚިލާފުވި ފަރާތަކީ ރަޖިސްޓްރާރ އޮފާ ކޮމްޕެނީޒް ކަމުން މިމައްސަލައިގައި އިތުރު ފަރާތެއްގެ ބަސް މިމައްސަލައިގައި ހޯދުމަކީ ސިވިލް ކޯޓަށް ލާޒިމް ކަމެއް ނޫންކަމަށެވެ.

19އިސްތިއުނާފީ ތިންވަނަ ނުކުތާގެ ތަފްސީލުގައި އިސްތިއުނާފުކުރާ މުޙައްމަދު ޙަސަންގެ ފަރާތުން ފާހަގަކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ ޣައިރު ޙާޟިރުގައި މައްސަލަ ނިންމަވާފައިވުމުން ޤނޫނުނާ ލިބެންޖެހޭ ރައްކާތެރިކަމާއި ހިމާޔަތަ ލިބިފައިނުވާކަމަށެވެ.

1.19.މިނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ޞަ ފްވާނ އަޙްމަދް އަދި އަޙްމަދު ޢަބްދުﷲ އާދަމްގެ ފަރާތުން ބުނެފައިވަނީ އިސްތިއުނާފީ ފުރަތަމަ ނުކުތާ އާއި އިސްތިއުނާފީ ދެވަނަ ނުކުތާގެ ޖަވާބުގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ރިޢާޔަތްކޮށް، ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއިން އިސްތިއުނާފުކުރާ ފަރާތަށް ކަށަވަރުކޮށްދޭ ހައް ޤެއ ސިވިލް ކޯޓުން މަޙރޫމްކޮށްފައިވާކަމަށ ނުވަތް ގެއްލުވާލާފައިވާކަމަށް ބެލެވޭނެ އެއްވެސް ހަމައެއް ނެތްކަމަށެވެ.

20އިސްތިއުނާފީ ހަތަރުވަނަ ނުކުތާގެ ތަފްސީލުގައި އިސްތިއުނާފުކުރި މުޙައްމަދާ ޙަސަންގެ ފަރާތުން ފާހަގަކޮށްފައިވަނީ ސިވިލް ކޯޓުގެ ދައުވއަކާ ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ޙިއްސާ ހަމަޖައްސައިދީފައިވާތީ އެކަން އެގޮތަށް ނުކުރެވޭނެކަމުގެ މައްޗަށް ކޮށްފައިވާ ދައުވާއަކަށް ވީއިރު ދަށުކޯޓުގެ މައްސަލަ ބެލި ފަނޑިޔާރު މިއީ ރަޖިސްޓްރާރ އޮފް ކޮމްޕެނީޒއް ދެކޮޅަށް ކުރަންޖެހޭ ދައުވާއެއް ނޫންކަމުގެ މައްޗަށް ބަލާ ގޮތެއް ކަނޑައަޅާފައި ނުވެއެވެ. އަދި ހުށަހެޅިފައިމިވާ މައްސަލައަށް ބަލާއިރު، ކުންފުނީގެ ރަޖިސްޓްރާރގެ މައްޗަށް ދައުވާކުރުމަކީ އެންމެ އިންސާފުވެރިގޮތެއ ނޫން ކަމަށާއި، ދައުވާ ކުރަންޖެހޭނީ އެކަންކުރި މީހާ ނުވަތަ ފަރާތެއްގެ މައްޗަށް ކަމަށްވާތީ މިމައްސަލައިގައި ދައުވާކުރަން ޖެހޭނީ ކުންފުނީގެ މައްޗަ ށްކަމަށެވެ.

1.20. މިނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ޞަ ފްވާނ އަޙްމަދް އަދި އަޙްމަދު ޢަބްދުﷲ އާދަމްގެ ފަރާތުން ފާހަގަކޮށްފައިވަނީ ސިވިލް ކޯޓަށް ހުށަހެޅުނު ދައުވާ ފޯމާއި ބަޔާންތަކުގައި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ޚިލާފުވެފައިވާ ޤާނޫނުތައް ތަފްސީލްކޮށް ބަޔާންކުރެވިފައިވާކަމަށެވެ. އަދި، އިސްތިއުނާފީ ނުކުތާގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި، އެނުކުތާގެ ތަފްސީލުގައި ފާހަގަކޮށްފައިވާ ކންތައްތަކާއަ ދިވާނުވާކަމަށެވެ. އެގޮތުން އިސްތިއުނާފީ ނުކުތާގައި ބަޔާންކޮށްފައިވަނީ ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ޙިއްސާ އެކަށައަޅުއްވާފައިވަނީ ކޮން ޤާނޫނަކާއި ޚިލާފަކަށް ކަން ސިވިލް ކޯޓުގައި ދައުވާކުރި ފަރާތްތަކަށް ބުނެދެވިފައިނުވާކަމަށެވެ. އެހެންކަމުން އިސްތިއުނާފީ 4 ވަނަ ނުކުތާގެ ދަށުން ބަލައިގަނެވޭނެ ކަންތައްތަކެއް ނޫންކަމަށް ކަނޑައަޅައި ދިނުމަށެވެ.

21އިސްތިއުނާފީ ފަސްވަނަ ނުކުތާގެ ތަފްސީލުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ކުންފުނީގެ ހިންގާ ޤަވާއިދު އެކުލަވާލެވުނު އިރުވެސް ޑިރެކްޓަރުންގެ ބޯޑުގައި ތިބީ ދެމީހުން އެކަނި ކަމަށާއި، އަދި އޭގެ ތެރެއިން އެކަކު ނިޔާވާ ޙާލަތުގައިވެސް އެމީހަކަށް ލިބިގެންވާ ޙިއްސާ ކުންފުނީގެ ދެންތިބި މެމްބަރުންނަށް ހަމހަމައަށަ ބަހަންވާނެކަމަށާއި، މިކަމުގައި މަރުވި ޙއްސާދި ރުގާ ވާރިސުން އިންކާރު ކުރިކަމުގައި ވީނަމަވެސް އެގޮތަށް ކުރަންވާނެކަމަށް ހިންގާ ޤަވާއިދުގައި ބަޔާންކޮށް ދެ ޑިރެކްޓަރުން ސޮއިކޮށް ރަޖިސްޓްރީ ކޮށްފައިވުމުން އެ ދެ ޑިރެކްޓަރުން އެއޮތީ ކުރިއާލައި އެކަމަށް ރުހުންދީފައިވާކަމަށ ބުން އިސްތިއުނާފެ ރައްދުވު ފަރާތްތަކުން ޖަވާބުދީފައި ވީކަމުގައި ވިޔަސް ސިވިލް ކޯޓުގައި މިނުކުތާއަށް ގޮތެއް ނިންމަވާފައިނުވާކަމަށެވެ. އޭގެ އިތުރުން މިނުކުތާގައި ބުނެފައިވަނީ ކުންފުނީގެ ބޯޑުގެ މެމްބަރަކު ނިޔާވިއިރު އެބޯޑުގައި ބާކީ ހުރީ އެންމެ ފަރާތެއްކަމާއި އަދި އެންމެ ފަރާތަކަށް ނިންމުމެއް ނުނިންމޭނެކަމަށް ނިންމަވާފައިވާއިރު، ޖަލްސާއެއް ބޭއްވޭނީ %80 ޙއްސި ތަމުސީލުކުރާ ޙިއްސާދާރުންނަށް ކަމަށް ހިންގާ ޤަ ވާއިދުގައި ބުނެފައިވާއިރު ޑިރެކްޓަރުންގެ ބޯޑުން ގޮތެއް ނިންމަންޖެހޭނީވެސް %88 ޙއްސާއާއ ގުޅި ކަމަކަށްވުމުން މި ޙި ލަތުގައި އެއީ ކުންފުނި ޑެޑްލާކް ގެ ޙލާތަކަށާ ހިނގައިދާނެ ކަމެއް ކަމުގައިވީނަމަވެސް ސިވިލް ކޯޓުން މިކަންކަމާމެދ ގޮތެއު ނިންމަވާފައިނުވާކަމަށެވެ.

1.21. މިނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ ހިންގާ ޤވާއިދުގަ 17 ވަނަ މާއްދާއަކީ ކުންފުންޏާބެހޭ ޤާނޫނއާ އެއްގޮތް މާއްދާއެއް ނޫންކަމަށެވެ. އަދި ބަހުޘްގެ ބޭނުމަށް އެއީ ޞައްޙަ މާއްދާއެއް ކަމުގައި ބަލާ ޙާލަތެއްގައިވެސް، އެ މާއްދާގައި ބުނާ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމެއް ނެތި، އެ މާއްދާގެ ފަހު ބައިގައި ބަޔާންކުރާ ގޮތަށް ޢަމަލު ކުރެވިދާނެތޯ ބަލާއިރު އެހެނިހެން އިޖުރާއަތަ ތަކުގައިވެސް ނިޔާވި ޙއްސާދާރިގެ ޙިއްސާ ކުންފުންޏަށް ނެގުމާއި، ނިޔާވި ޙިއްސާދާރުގެ ވާރިސުންގެ ބަހެއް ހޯދުމާއި، އެ ޙއްސި އާމެދ އަމަލު ކުރާނެ ގޮތް ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމެއް އޮންނަންޖެހޭކަމަށެވެ. އަދި ޙިއްސާއާމެދު ޑިރެކްޓަރުންގެ ބޯޑުން ގޮތެއް ނިންމޭނީ ޙއްސާދާރެއި ނިޔާވެގެންކަމަށެވެ. އަދި ޙއްސާދާރެއް ނިޔާވުމުގައި ވާރުތަ މުދަލަށް ނުވި ޙއްސާއެއްގެ މައްޗަށް ގޮތެއި ކަނޑައެޅުމަކީ ޑިރެކްޓަރުންގެ ބޯޑަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ. ކންފުންޏާބެހު ޤާނޫނުގައި ބނު އިޖުރާއަތްތައް ފުރިހަމަ ކުރުމަކާ ނުލައި، ވަކި ލިޔުމަކަށް ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމެއްކަމަށް ބުނުމަކީ ކުންފުންޏާބެހޭ ޤާނޫނު ގެ 45 ވަނަ މާއްދާއާއި، 50 ވަނަ މާއްދާއާއި، 51 ވަނަ މާއްދާއާއި، 52 ވަނަ މާއްދާއާއި 53 ވަނަ މާއްދާ ޚިލާފުކަމެއް ކަމަށެވެ. އަދި މިއީ ކުންފުންޏެއްގެ ވަކި މެމްބަރަކަށް ނުވަތަ ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް އޮތް ބާރެއް ނޫންކަމަށެވެ.

22އިސްތިއުނާފުކުރާ މުޙައްމަދު ޙަސަންގެ ފަރާތުން އެދޭގޮތް ކަމަށް ބުނެފައިވަނީ ސިވިލް ކޯޓގު ނަންބަރު C/2021-CV/313 ޤަޟިއްޔާގައި ކޮށްފައިވާ ދައުވާއަކަ މިކޯޓުން ކަނޑައަޅާ އ ޞު ލުތަކާއި އެއްގޮތަށް އަލުނޫ ދަށު ކޯޓުގައި ބަލައި ފައިސަލާ ކުރަންޖެހޭ ޙުކުމެއް ކަމަށް ކަނޑައަޅައިދީ މިމައްސަލަ ނިންމައިދިނުމަށެވެ.

23އިސްތިއުނާފު ރައްދުވާ ޞަފްވާން އަޙްމަދު އަދި އަޙްމަދު ޢަބްދުﷲ އާދަމް ގެ ފަރާތުން އެދޭގޮތް ކަމަށް ބުނެފައިވަނީ ސިވިލް ކޯޓުގެ ނަންބަރު C/2021-Cv/313 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއެ ނެތް ކަމަށް ކަނޑައަޅައި މައްސަލަ ނިންމައިދިނުމަށެވެ. ތަދައްޚުލް ކުރެވުނު ދިވެހި ދައުލަތުން ފާހަގަކުރި ކަންތައްތައް

24މިމައްސަލައަށ ތަދައްޚުލް ކުރެވިފައިވާ ދިވެހި ދައުލަތުގެ ފަރާތުން ޖުމްލަ ގޮތެއްގައި ބުނެފައިވަނީ އަލްމަރްޙޫމް ޙުސައިން ޢަބްދުﷲ އަކީ ކުންފުނީގެ ހިންގާ ޤަވާއިދުގައި ސޮއި ކުރިއިރު ކުންފުނީގައި ހުރި ޙިއްޞާދާރެއް ކަމުގައިވާތީ، އެ ހިންގާ ޤަވާއިދުގެ 17 ވަނަ މާއްދާގައި، ކުންފުނގީ ޙިއްޞާދާރަކު ނިޔާވުމުން ޢަމަ ލުކުރާނޭގޮތް ބަޔާންކޮށްފައިވާކަމަށެވެ. އަދި، ހިންގާ ޤަވާއިދުގައި ކުންފުނީގެ ދެ ޑިރެކްޓަރުން ކަމުގައިވާ އަލްމަރޙް މ ޙުސައިން ޢަބްދުﷲ އަދި އުޘްމނާ ޢަބްދުﷲ ޢުމްރީ ސޮއިކޮށްފައިވާކަމަށެވެ. އެހެންކަމުން، އެ ހިންގާ ޤވާއިދުގަ 17 ވަނަ މާއްދާގައި ކުންފުނީގެ ޙިއްޞާ ބަދަލުކުރުމުގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ހުއްދަ ބޭނުންވާނެކަމަށް ބަޔާންކޮށްފައި ވީނަމަވެސް، އެ ހުއްދަ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކުރިއާލާއި ދީފައިވާކަމުގައި ބަލަންޖެހޭކަމަށެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާއާއި 38 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ކުންފުނީގެ ޙިއްސާ ކޮންމެހެން ވާރިޘުންނަށް ރަޖިސްޓަރީކޮށްދޭން ނުޖެހޭކަމަށާއި ކުންފުނީ ހިންގާ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އޙި ޞް އެކަށައެޅިފައިވާނަމަ އެގޮތުގެ މަތިން ރަޖިސްޓަރީ ކޮށްދެވިދާނެކަމަށެވެ.

25ދައުލަތުގެ ފަރާތުން އެދޭގޮތް ކަމަށް ބަޔާންކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު C/2021-Cv/313 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ކަމެއްވާކަން ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅުއްވާ ޙާލަތެއްގައި، އެ ޙުކުމް ތަންފީޒުކުރުމަށް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްގެ ފަރާތުން ކުރަންޖެހޭ ކަންކަން ދައުލަތުގެ ފަރާތުން ކުރާނެކަމަށެވެ.

ތަދައްޚުލްވި ފަރާތްތަކުން ފާހަގަކުރި ކަންތައްތައް

26މިމައްސަލައަށ ތަދައްޚުލްވި ފަރާތްތަކުގެ ތެރެއިން ޙަސަން ވަޙީދު، އަޙްމަދު ނާޝިދު، އިސްމާޢީލް ޢަބްދުއްރަޙްމާނު އަދި މުޙައްމަދު ނިޒާމްގެ ފަރާތުން ބަދަލު ހަމަޖައްސާފައިވާ ފަރާތް ކަމގައިވު ނ.ޅޮހި/ ކަނީރުމާގެ ޙުސައިން ރިޔާޒްގެ ފަރާތުން އަންނަނިވި ކަންތައްތައް ފާހަގަކޮށްފައި ވެއެވެ.

1.26. އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިހުރި ނުކުތާތަކަށް ޖުމްލަ ގޮތެއްގައި އެފަރާތުން ތާއީދުކުރާ

2.26. މައްސަލައަކާއި ގުޅޭގޮތުން ކުރާ ޙުކުމަކުން އަސަރުކުރާނެ ފަރާތްތަކަށް މިމައްސަލައި ސްތިއުނާފު ކުރުމުގެ ފުރޞު ތ ދިވެހިރާއްޖޭގު ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/26 ޤަޟިއްޔާގައި ދީފައިވާކަމަށެވެ.

3.26. އަދި މީގެ އިތުރުން ދެވަނަ ކަމެއްގެ ގޮތުގައި އެފަރާތުން ބުނެފައިވަނީ ދަށުކޯޓުގައި ދައުލަތުގެ ފަރާތުނަ ހުށަހަޅާފަހުރ ކަންތައްތަކާއި އަދި އުޘްމާން ޢަބްދުﷲ ޢުމްރީ ގެ ފަރާތުން މިމައްސަލައިގއަ ފާހަގަކޮށްފަ ހުރި ނުކުތާތަކަށް ރަނގަޅަށް ރިޢާޔަތް ނުކޮށް ދަށުކޯޓުން މައްސަލަ ނިންމަވާފައިވާކަމށ ބުން ފާހަގކުރަ ކަންތައްތަކެވެ.

4.26. ކުންފުންޏާބެހޭ ޤާނޫނު ގެ 36 ވަނަ މާއްދާއި 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ކުންފުނީގެ ޙިއްސާދާރެއް ނިޔާވެއްޖެނަމަ ޙިއްސާތަކުގެ މިލްކުވެރި ފަރާތަކީ ކޮންފަރާތެއްކނަ ޝަރުޢީ ކޯޓަކުން ކަނޑައަޅާ ޙާލަތެއްގެ ގޮތުން ހިންގާ ޤަ ވާއިދު ޚިލާފުނުވާ ގޮތެއްގެ މަތިން ޙިއްސާ ބަހާލެވިދާނެކަމަށެވެ. ކުންފުންޏާބެހޭ ޤާނޫނު ގެ 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙިއްސާ ބަދަލުކުރަންޖެހޭ ޙާލަތެއްގައި އެކަންތައް ތަރުތީބުވެގެން އަންނަގޮތް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ޝަވީދު ވ. މުޙައްމަދު ލަޠީފް ޤަޟިއްޔާ ގައި ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވާކަމަށެވެ. މިގޮތުން އިސްކަން ދީފަ އޮންނަ އެންމެ މުހިއްމު އެއް ޑޮކިއުމެންޓަކީ ކުންފުންޏެއްގެ ހިންގާ ޤވާއިދަ ކަމަށެވެ. މިމައްސަލައިގއަ ނިޔާވި ޙިއްސާދާރު ދުނިޔޭގައި ހުރިއިރު ސޮއިކޮށްފައޮތް ހިންގާ ޤަވާއިދުގައި، "ހިންގާ ޤަވާއިދުގައި" ސޮއިކުރާއިރު ތިބޭ އެއްވެސް ޙިއްސާދާރެއް ނިޔާވެއްޖެ ޙާލަތެއްގައި އަމަލުކުރަންޖެހޭ ޙާލަތް ބަޔާންކޮށްފައިވާކަމަށެވެ. އެގޮތުން ޑިރެކްޓަރުންގެ ބޯޑަށް ބާރުދެނީ ކުންފުނީގެ ހިންގާ ޤަވާއިދާ އެއްގޮތަށް ބާރުލިބިގެން ނިންމާ ނިންމުމަކަށް ވާންޖެހޭނެ ކަމަށެވެ. އަދި މާނަކުރަންޖެހޭނީ ހިންގާ ޤވާއިދުގ އެ މާއްދާއެއް ލިޔެފައިވަ މަޤްޞަދު ހާސިލުކުރެވޭ ގޮތަށް ކަމަށެވެ.

ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/39

5.26. ދަށު ކޯޓުން ޙުކުމްކޮށްފައިވަނީ ކުންފުންޏާބެހޭ ޤާނޫނު ގެ 36 ވަނަ މާއްދާއި 38 ވަނަ މާއްދާއާއި އެމް.އެޗް.އޭ ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ޤވާއިދުގަ 17 ވަނަ މާއްދާއާއި ކަނޑައެޅިގެން ޚިލާފަށް ތަދައްޚުލްވި ފަރާތްތަކުން އެދޭ ގޮތް:

27މިމައްސަލައިގައި ތަދައްޚުލްވެފައިވާ 4 ފަރާތުން އެދޭގޮތްކަމަށް ބުނެ ފާހަގަކޮށްފައިވަނީ، ސިވިލް ކޯޓުގެ ޙުކުމުގައި ކުންފުންޏާބެހޭ ޤާނޫނު ގެ 36 އަދި 38 ވަނަ މާއްދާ އަދި އެމް.އެޗް.އޭ ޕްރަ އިވެޓް ލިމިޓެޑްގެ ހިންގާ ޤަވާއދުގި ގެ 17 ވަނަ މާއްދާ މާނަކޮށްފައި ވަނީ ކަނޑައެޅިގެން މަޤްސަދާ ޚިލާފަށްކަން އަދި ފެންނަންހުރި ޑޮކިއުމެންޓަރީ އެވިޑެންސްތަކަށ ރަނގަޅަށް ރިޢާޔަތްނުކޮށް ކަމަށްވާތީ، ހައިކޯޓުގެ މިޤަޟިއްޔާގައި އިސްތިއުނާފްކުރާ ފަރާތުން އެދިފައިވާގޮތަށް މިމައްސަލައަކީ ދަށުކޯޓުން އަލުންބަލަންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅުއްވާ ދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވޭ ކަންތައްތައް

(ހ) އިސްތިއުނާފީ ނުކުތާ 1: ދަށު މަރުހަލާގައި ޚސްމަކ ނޫނު ފަރާތަކުން މައްސަލަ އިސްތިއނާފުކުރުމުގެ ޙައްޤު

28މިއީ މިކޯޓުން މިމައްސަލަ ބަލައިގަންނަންޖެހޭ ސަބަބު ދަލާލަތު ކޮށްދިނުމުގެ ގޮތުން ފާހަގކޮށްފައިވަ ކަންތައްތައް ކަމުގައިވާތީ މިއީ އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ބަލައެއް ނުގަނެވެއެވެ.

29HN1މި މައްސަލައިގެ އަޞްލު ޚަސްމުންނަކީ އަޙްމަދު ޢަބްދުﷲ އާދަމް އާއި ޞަފްވާން އަޙްމަދު އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ދައުލަތް) ކަމުގައި ވިޔަސް، މިމައްސަލައިގެ ނިންމުމުގެ ސަބަބުން އިސްތިއުނާފު ކުރާ ފަރާތުގެ ނަން މަތީގައި ކުންފުންޏެއްގެ ޙއްސާތަކެއް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް އިން ބަލަހައްޓަމުންދާ ރަސްމީ ދަފްތަރަށް އިތުރުކުރި ކުރުން ބާޠިލްވެފައިވާކަން އެނގެން އޮތުމުން މިއީ އެފަރާތުގެ މަސްލަޙަތު ހިމެނޭ މައްސަލައެއް ކަމުގައިވާތީ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާއަށް ރިޢާޔަތްކޮށް މިމައްސަލަ އިސްތިއުނާފ ކުރުމުގު ޙައްޤު އެފަރާތަށް ލިބިގެންވާކަމަށް ދެކެމެވެ.

(ށ) އިސްތިއުނާފީ ނުކުތާ 2: އިސްތިއުނާފުކުރާ ފަރާތުގެ ބަސް ހޯދާފައިނުވުން

30އިސްތިއުނާފު ކުރެވިފައިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގެ ދައުވާގެ ޚުލާސާއަށ ބަލާއިރް އެކޯޓަށް ދައުވާ ހުށަހެޅު އަޙްމަދު ޢަބްދުﷲ އާދަމް (މަރުޙޫމްގެ ވާރިސެއް) އާއި ޞފްވާނ އަޙްމަދް (ކުންފުނީގަ ޙއްސާދާރެއް) ދައުވާގި ޚުލާސާގެ ގޮތުގައި ބަޔާންކޮށްފައިވަނީ ދއުވާގައަ އެފަރާތުން އެދިފައިވާ ފަރުވާއަކީ މަރޙް މްގެ ނަންމަތީގައި އޮތ 880 ޙިއްސާ ޝަރުއީ ކޯޓެއްގެ އަމުރެއް ނެތި އަދި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ އެއްވެސް ނިންމުމެއް ނެތި ކުންފުނީގެ ދެން ތިބި މެންބަރުންނަށް ރަޖިސްޓްރާރ އޮފް ކޮމޕްނީޒ އިން އެކަށައަޅާފައިވަނީ ކުންފުންޏާބެހޭ ޤާނޫނާއި ކުންފުނީ ހިންގާ ޤވާއިދަ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ.

31އެދޭގޮތް ކަމަށް ބަޔާންކޮށްފައިވަނީ އަލްމަރޙް މ ޙުސައިން ޢަބްދުﷲ ގެ ތަރިކައިގެ މައްސަލަ ނުނިމެނީސް އެމް. އެޗް. އޭ ޕްރައިވެޓް ލިމިޓެޑްގައިވާ އެމަރޙް މ ގ 880 ޙިއްސާ ބަދަލުކުރުމަށް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ނަންބަރު A/26-SC/2012- އެންޓި -ކޮރަޕްޝަން ކޮމިޝަނާއި ދިވެހި ދައުލަތް ކަމުގައި ވިޔަސް ނެކްސްބިޒް ލިމިޓެޑްއަކީ ފުރަތަމަ މަރުޙަލާގެ ކޯޓުން ފެށިގެން މި މައްސަލާގައި އިންޟިމާމީ މުތަދައްޚިލެއްގެ )Joint Intervention( ޙައިޘިއްޔަތުން، ތަދައްޚުލުވުމުގެ ޙައްޤު ލިބިފައިވާ ފަރާތަ ކަށްވެފައި، ބުނެވި ދިޔަ ހައިކޯޓުގެ ނަންބަރު A/105-HC/2012 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ރަނގަޅު ނޫންކަމަށާއި ޙުކުމުގެ ސަބަބުން އެ ފަރާތުގެ ޙައްޤުތަކަށް ސިދާ އަޘަރުކުރާކަމަށް ދެކިގެން، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ނެކްސްބިޒް ލިމިޓެޑުން އިލްތިމާސްކުރުމުން މި މައްސަލައިގެ އަޞްލު ޚަސްމަކު ޙުކުމް ޠަޢުނުކޮށްފައި ނުވިނަމަވެސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ އިޖްރާޢާތުތަކަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއަށް ރިޢާޔަތްކުރެވި ނެކްސްބިޒް ލިމިޓެޑުން ހުށަހަޅާފައިވާ މި މައްސަލައަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލައިގަނެ، ސުޕްރީމް ކޯ ޓުގެ ހަތް ފަނޑިޔާރުންގެ ބެންޗަކުން ބެލުމަށް ކަނޑައަޅާފައިވާ މައްސަލައެއްކަމެވެ. ސިވިލް ކޯޓަށް އަޙްމަދު ޢަބްދު ﷲ އާދަމް އަދި ޞަފްވާން އަޙްމަދުގެ ފަރާތުން ހުށަހެޅި ދަޢުވާ ފޯމްގެ ނަންބަރު 7 ނިންމާފައިވާ ނިންމނު ބާޠިލްކަމަށް ކަނޑައަޅައް އުޙއްސާތައް އިހު އޮތި ޙާލަތަށް ރުޖޫޢަކުރުމަށް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

32HN2ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނަށް ބަލާއިރު ޕްރައިވެޓް ކުންފުންޏެއްގެ ޙއްސި އެކަށައެޅުމަކީ އެކުންފުންޏެއްގެ ހިންގާ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެކުންފުންޏަކަށް ލިބިގެންވާ ބާރެކެވެ. ޙއްސި އެކަށައެޅުމަށް ފަހު ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް އަށް ހުށަހެޅުމުން ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް އިން ކުރާ ކަމަކީ އެފަދަ ބަދަލަކީ ކުންފުންޏާބެހޭ ޤާނޫނާއި ކުންފުނީގެ ހިންގާ ޤަވާއިދާ އަސާސީ ޤަވާއިދާ އެއްގޮތަށް ގެނެވޭ ބަދަލެއްތޯ ބަލައި ކުންފުނީގެ މަޢުލޫމާތު ތަކުގެ ރެކޯޑު ބަދަލުކުރުމެވެ. ކުންފުންޏެއްގެ ޙއްސި އެކަށައެޅުމަކީ ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް އިން ކުރާ ކަމެއް ނޫނެވެ. އަދި، ޙއްސި "އެކަށައަޅާފައިވަނ" ގޯސްކޮށް ކަމަށް ކަނޑައެޅުމަށް އެދޭ ދައުވާއެއްގައ ކުންފުނި ނުވަތަ ޙިއްސާދާރުންގެ މައްޗަށް ދައުވާކުރުމެއް ނެތި ސީދާ ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ގެ މައްޗަށް ދައުވާ އުފުލިދާނެކަމާމެދ ސުވާލު އުފެދެއެވެ. އެހެންނަމަވެސް، ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ނުވަތަ ދައުލަތުގެ ފަރާތުން މިކަމަށް ތައުނުކޮށްފައިވާ ކަން ދަށު ކޯޓުގެ ލިޔެކިޔުންތަކުން އެނގެން ނެތެވެ.

33މިދައުވާގައި ދަށު ކޯޓު ކުރިމަތީގައި އޮތް ސުވާލުކަމަށ އެކޯޓުން ނިންމާފައިވަން އަންނަނިވ ފަދައިންކަނ އެކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ (ރ) އިން އެނގެއެވެ. "ހުށަހެޅިފައި މިވާ ދަޢުވާއަކީ، ޑިރެކްޓަރުންގެ ބޯޑުގެ އެއްވެސް ނިންމުމެއް ނެތި، އަދި ޝަރުޢީ ކޯޓުގެ އަމުރެއް ނެތި، އެމް.އެޗް.އޭ ޕްރައިވެޓް ލިމިޓެޑްގައި، އަލްމަރްޙޫމް ޙުސައިން ޢަބްދުﷲގެ މިލްކުގައި އޮތް 880 ޙި އްސާ، އެކުންފުނީގެ ދެން ތިބި ޙިއްސާދާރުންގެ ނަމުގައި ހަމަހަމަވާގޮތަށް ރަޖިސްޓަރީކޮށްދނި ދިނުމަކީ، ކުންފުންޏާ ބެހޭ ޤާނޫނާއި އަދި ސިވިލް ކޯޓަށް އަޙްމަދު ޢަބްދު ﷲ އާދަމް އަދި ޞަފްވާން އަޙްމަދުގެ ފަރާތުން ހުށަހެޅި ދަޢުވާ ފޯމްގެ ނަންބަރު 12 ބުނެވުނު ހަވާލާގެ 29 ވަނަ މާއްދާ އެމް.އެޗް.އޭ ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ޤަވާއިދާ ޚިލާފަށް ނިންމާފައިވާ ނިންމެވުމެއް ކަމުގައިވާތީ، ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްގެ އެނިންމުން ބާޠިލްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ދަޢުވާއެއް ކަމުގައިވާތީ، ޝަރީޢަތުގެ ކުރިމަތީގައި އޮތީ، ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްގެ އެނިންމުމަކީ ޞައްޙަ ނިންމުމެއްތޯ ނުވަތަ ބާޠިލް ނިންމުމެއްތޯ ދަނެގަނެ، އެގޮތުގެ މައްޗަށް ނިޔާކުރުންކަނ އެނގެން އޮންން އޮތުމެވެ."

34އަދި އެކޯޓުން ނިންމާފައިވަނީ "…. 31 ޖަނަވަރީ 2021 ގައި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް އިން ރަޖިސްޓަރީ ކޮށްދީފައިވަނީ، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމެއް ނެތި، ކުންފުންޏާބެހޭ ޤާނޫނުގެ 38،36 އަދި 45 ވަނަ މާއްދާއާއި އަދި އެމް.އެޗް.އޭ ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ޤަވާއިދުގެ 17 ވަނަ މާއްދާއާއި އެމް .އެޗް.އޭ ޕްރައިވެޓް ލިމިޓެޑްގެ ބޯޑް އޮފް ޑިރެކްޓަރުންގެ ޖަލްސާތައ ކުރިއަށް ގެންދަންޖެހޭ ގޮތާއި ޚިލާފަށް، ކުންފުނީގެ ފަރާތުން މެނޭޖިން ޑިރެކްޓަރާއި، ސެކްރެޓަރީ ސޮއިކޮށް 30 ނޮވެމްބަރ 2020 ގައި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް އަށް ފޮނުވާފައިވާ ހަމައެކަނި ސިޓީއެއްގެ މައްޗަށްކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭނެ އޮންނާތީ"، މަރޙް މްގޫ ނަމުގައި އޮތް ޙިއްސާ އެކުންފުނީގެ ދެންތިބި ޙިއްސާދާރުންނަށް ރަޖިސްޓްރީކޮށްދިނުމަށް ނިންމާފައިވާ ނިންމުން ބާޠިލްކަމަށް ކަނޑައަޅައެވެ.

35HN3އެހެންކަމުން، ހުށަހެޅިފައިވާ ދައުވާއާއި އެދިފައިވާ ފަރުވާއާ މެދު ދަށު ކޯޓުން ގޮތެއް ނިންމާފައިވަނީ ދައުވާގެ ދާއިރާ ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ރައްދުވާ މިންވަރަށް ހަނިކޮށް ޙިއްސާ އެކަށައެޅި އެޅުމާމެދު ގޮތެއް ކަނޑައެޅުމެއް ނެތި ރަޖިސްޓްރާރގެ ދައުރު އަދާކުރުމުގައި ފުރިހަމަވާންޖެހޭ ލިޔެކިޔުންތައް ހަމަވޭތޯ ބެލުމުގެ މައްޗަށް އެކަންޏެވެ. ކުންފުނީގެ ހިންގާ ޤވާއިދުގަ 17 ވަނަ މާއްދާ މާނަކޮށް ޙިއްސާ ބަދަލުވެގެންދާން ޖެހެނީ ކޮން ފަރާތެއްގެ މައްޗަށް ކަމަށް ނުވަތަ ސުވާލު އުފެދިފައިވާ ޙިއްސާ އެކަށައެޅުނ ގޮތުގު ސައްހަ ކަމުގެ މައްޗަށް ޝަރީޢަތުން ގޮތެއް ނިންމާފައިނުވެއެވެ. ޝަރީޢަތުން ގޮތެއް ނިންމާފައިވަނީ ކުންފުންޏާބެހޭ ޤާނޫނު ގެ ދަށުން އަދި ކުންފުނީގެ ހިންގާ ޤަވާއިދުގެ މާއްދާތަކުން ލާޒިމުކުރާ ބޯޑުގެ ހުއްދަ އޮތްކަން ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަށަވަރު ކުރި ގޮތުގެ މައްޗަށެވެ. ސިވިލް ކޯޓުގެ ނަންބަރު C/20221-Cv/313 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 4 ގެ (ރ) ސިވިލް ކޯޓުގެ ނަންބަރު C/20221-Cv/313 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޙުކުމް ޞ8 ކުންފުންޏާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާ

36ދަށު ކޯޓުގު ނިންމުން ބިނާވެފައިވަނީ ރަޖިސްޓްރާރގެ މަސްއޫލިޔަތު އަދާކުރުމުގައި ކުންފުނީގެ ބޯޑުގެ ހުއްދަ އޮތްކަން ކަށަވަރުކުރެވިފައިވާ ގޮތުގެ މައްޗަށް އެކަނިކަމުގައިވާތީ އާއި ޙިއްސާދާރުންގެ މައްޗަށް ދައުވާ ކރެވިފައު ނުވާ މިޙާލަތުގައި، އެފަރާތުގެ ބަހެއް ހޯދުން ޝަރީޢަތަށް ލާޒިމުނުވާ ކަމުގައި ދެކެމެވެ. އެހެންކަމުން، ދަށު ކޯޓުގެ ނިންމުމަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމުގައި ބެލެވެން ނެތެވެ.

އިސްތިއުނާފީ ނުކުތި 3: ޤާނޫނުން ލިބޭ ރައްކާތެރިކަން

37HN4ސިވިލް ކޯޓުގެ ނަންބަރު C/2021-Cv/313 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާއި ޚިލާ ފަށާ ކޮށްފައިވް ޙުކުމެއް ކަމަށް ފާހަގަކުރަމުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ ޣައިރު ޙާޟިރުގައި މައްސަލަ ނިންމަވާފައިވުމުން ޤާނޫނުން ލިބެންޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ލިބިފައިނުވާ ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރި ފަދައިން މިނުކުތާގެ ތަފްސީލުގައި ހުރި ވާހަކަތަކާއި ނުކުތާއާ ގުޅުމެއް ނެތެވެ. އިސްތިއުނާފީ ދެވަނަ ނުކުތާ އާއި ގުޅިގެން މި ޝަރީޢަތުން ފާހަގަކުރެވިފައިވާ ކަންތައްތަކަށާއި މި މައްސަލަ އިސްތިއުނާފު ކުރުމުގައި އިސްތިއުނާފު ކުރާ ފަރާތަށް ލިބިފައިވާ ފުރޞު ތަށާއ އަދި އިސްތިއުނާފި ކުރުމުގައި އެފަރާތުން ފާހަގަކޮށްފައިވާ ކަންތައްތަކަށް ރ ޢޔަތްކުރެވިފައިވާ މުނު ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއނި ލިބް ހައްޤު ހޯދުމުގެ ފުރުޞަތު އެފަރާތަށް ގެއްލިފައިވާ ކަމުގައި ނުބެލެވެއެވެ. އިސްތިއުނާފީ ނުކުތާ 4: ޤާނޫނާ ޚިލާފުވި ގޮތެއް ބުނެދީފައިނުވުން

38HN5މިނުކުތާގައި އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު C/2021-Cv/313 ޤަޟިއްޔާގައި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ޙިއްޞާ އެކަށައަޅާފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށް ދައުވާކޮށްފައި ވިޔަސް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ޚިލާފުވީ ޤާނޫނެއް ބުނެދީފައިނުވަނީސް ޤާނޫނާއި ޚިލާފަށްކަމަށް ކަނޑައަޅައި މައްސަލަ ނިންމަވާފައިވާކަމަށެވެ. އެހެންނަމަވެސް، ސިވިލް ކޯޓުގެ ނިންމުމުގައި ކުންފުންޏާބެހޭ ޤާނޫނާ ގެ 36 ވަނަ މާއްދާއާ ޙަވާލާދީ މިގޮތަށް ޙިއްސާގެ ރަޖިސްޓަރީ ބަދަލުކުރުމުގައި ކުންފުނީގެ ބޯޑުގެ ހުއްދަ އޮންނަންޖެހޭ ކަމާއި މިމައްސަލައިގައި ކުންފުނީގެ އެއް ޙިއްސާދާރަކާއި ސެކްރެޓަރީ ސޮއިކޮށްފައިވާ ލިޔުމެއްގެ މައްޗަށް އެކަނި ބިނާކޮށް ޙިއްސާގެ ރަޖިސްޓަރީ ބަދަލުކޮށްފައިވަނީ ގޯސްކޮށް ކަމަށް ފާހަގަކޮށްފައިވެއެވެ. އެހެންކަމުން މި ނުކުތާގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ކަމުގައި ނުދެކެމެވެ.

އިސްތިއުނާފީ ނުކުތާ 5: ބޯޑުގެ ހުއްދަ އޮތުން

39އެމް.އެޗް.އޭ ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ޤވާއިދުގަ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނ އަންނަނިވި ފަދައިންނެވެ. "މިކުންފުނީގެ ޙިއްސާދާރެއް ނިޔައުވުމާއެކު، އެފަރާތަކީ އަމާނާތެއްގެ ގޮތުގައި ކުންފުނީގެ ޙިއްސާ ދޫކުރެވިފައިވާ ފަރާތަކަށްވާތީ އާއި، އަދި އެ އޙި ސްއެއްގެ ޙަޤީޤީ ނުވަތަ އިކުއިޓީ މިލްކުވެރި ފަރާތްތަކަކީ، އެ ޢާއިލާއެއްގެ މީހުން ކމުގައަ ވުމުން، ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތީން، އެ ނިޔާވި ފަރާތަކަށް ދޫކުރެވިފައިވާ ޙިއްސާއެއް، އެ ޢާއިލާގެ އެހެން މެންބަރެއްގެ ނަން މައްޗަށް ބަދަލުކުރަން ވާނެއެވެ. މިގޮތުން ޙިއްސާގެ ސެޓްފިކެޓް ދޫކުރާ އިރު ކުންފުނި ހިންގުމުގައި ޝާމިލުވެ އުޅޭ ފަރާތްތަކަށް އިސްކަން ދޭންވާނެއެވެ. މިމާއްދާގައި މިގޮތަށް ބަޔާންކޮށްފައިވީނަމަވެސް، މިހިންގާ ޤަވާއިދުގައި ސ އިކުރޮ އިރު ތިބާ ޙއްސާދާރުނި ނިޔާވުމާއެކު އެ މީހުންގެ ޙިއްސާ ކުންފުނީގި ނަން މައްޗަށް ބަދަލުކުރުމަށް ފަހު ކުންފުނީގެ މެންބަރުންގެ ގޮތުގައި ތިބި އެންމެހައި ފަރާތްތަކަށް ހަމަ ގޮތެއްގައި ބަހާލަންވާނެއެވެ . މިގޮތުން ކުންފުނީގެ ނަން މައްޗަށް ޙިއްސާ ބަދަލުކުރުމި ގައު ނިޔައުވި ޙއްސާދާރުންގި ވާރުތަވެރިން އިންކާރުކުރި ކަމުގައިވީނަމަވެސް ނިޔއުވަ އޙި ސާދާރުގް ޙިއްސާ ކުންފުނީގެ ނަން މައްޗަށް ބަދަލުކުރުމަށްފަހު، މިމާއްދާގައިވާ ގޮތުގެ މަތިން ޢަމަލުކުރުމުގެ ބާރު ޑިރެކްޓަރުންގެ ބޯޑަށް ލިބިގެންވެއެވެ. "

40މި މާއްދާއަށް ޙވާލާދަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ބަޔާންކޮށްފައިވަނީ މިމާއްދާގައި ބަޔާންވެގެންވަނީ ހިންގާ ޤަވާއިދުގައި ސޮއިކުރއިރި ތިބި ޙިއްސާދާރުންގެ ތެރެއިން ޙއްސާދާރަކި ސިވިލް ކޯޓުގެ ނަންބަރު C/20221-Cv/313 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޙުކުމް ޞަފްޙާ 8 ނިޔައުވެއްޖެނަމަ އޙެއްސާދާރުގެ ޙިއްސާ ކުންފުންޏަށް ބަދަލުވާނެކަމަށާއި، މިއީ ކުރިއާލާ ކުންފުނީގެ ޑިރެކްޓަރުން ނިންމާފައިވާ ގޮތެއް ކަމަށާއި، ކުންފުންޏާބެހޭ ޤާނޫނު ގެ 36 ވަނަ މާއްދާއާއި ކުންފުނީގެ ހިންގާ ޤަ ވާއިދުގައި ބަޔާންކުރާ ޑިރެކްޓަރުންގެ ބޯޑުގެ ހުއްދަ އޮތް ކަމަށް މިމައްސަލައިގައި ބަލަން ޖެހޭ ކަމަށެވެ.

41HN6ކުންފުނީގެ ހިންގާ ޤވާއިދުގަ 17 ވަނަ މާއްދާއަށް ބެލުމުން ހިންގާ ޤަވާއިދުގައި ސޮއިކުރިއިރު ތިބި މެންބަރުންގެ ޙިއްސާ ކުންފުނީގެ ނަން މައްޗަށް ބަދަލުވެގެން ދިއުމަކީ މިފަރާތްތަކުގެ ޙއްސާއި މެދު ޢަމަލުކުރުމަށް ހިންގާ ޤަވާއިދު ތަސަ އްވަރަ ކުރު ގޮތެވެ. އަދި ޙއްސާދާރުގެ ވާރިސަކު އިންކާރު ކުރިނަމަވެސް ޙިއްސާ ބަދަލުކުރުމުގެ ބާރު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ލިބިގެންވާކަން ސާފެވެ. އަދި މި މާއްދާއިން ސާފު ވެގެން ދަނީ ވާރސި ންގެ ނަމުގައު ޙިއްސާ ބަދަލުކުރުން ކުންފުންޏަށް ލާޒިމު ނޫން ކަމާއި ކުންފުނީގެ ނަން މައްޗަށް ޙިއްސާ ބަދަލުކުރުމުގެ ބާރު ކުންފުންޏަށް ލިބިގެންވާކަމެވެ. މި ބާރު ކުންފުންޏަށް ލިބެނީ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން އަދި ހިންގާ ޤަވާއިދުގެ ދަށުން ވެސް ޑިރެކްޓަރުންގެ ބޯޑަށެވެ.

42ސުވާލަކީ، ހިންގާ ޤަވާއިދުގައި މިގޮތަށް ބަޔާންކުރެވިފައިވުމުނ މިއް ޑިރެކްޓަރުންގެ ބޯޑުގެ ހުއްދަ ކުރިއާލައި އޮތީ ކަމަށް ބަލައި ޙިއްސާ ބަދަލުކުރި ކުރުން ރަޖިސްޓަރކުރެވިދާނީތޯއެވެ؟ އެމް.އެޗް.އޭ ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ޤަވާއިދުގެ "ޑިރެކްޓަރުންގެ ބޯޑުގެ ޢަދަދު" މި ސުރުޙީގެ ދަށުން (ށ) ގައި މިހިންގާ ޤަވާއިދު ލިޔެވުނަ އިރު ތިބި ޑިރެކްޓަރުންނަކީ ޙުސައިން ޢަބްދުﷲ އާއި އުޘްމާން ޢަބްދުﷲ ޢުމްރީ ކަމަށް ބާޔަންކޮށްފައިވެއެވެ. އަދި އެ މާއްދާގެ (ނ) ގައި "މި ހިންގާ ޤަ ވާއިދ ލިޔެވުނު އިރު ކުންފުނގީ ޑިރެކްޓަރުންގެ ބޯޑުގައި ތިބި ފަރާތްތައް އެފަރާތްތައް ނިޔައުވުމާއި ހަމައަށް ނުވަތަ އަމިއްލައަށް އިސްތިއުފާ ދިނުމާ ހަމައަށް އެމަޤާމުގައި ދެމިތިބޭނެއެވެ." މިފަދައިން ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، މިއިން ފަރާތެއް ނިޔައުވެއްޖެނަމަ އެފަރާތެއް ޑިރެކްޓަރުންގެ ބޯޑުން ވަކިވީކަން އެނގެއެވެ. އެހެންކަމުން، އެފަރާތެއް ނިޔައުވުމުން، އެފަރާތުގެ ޙިއްސާއަށް ވާންވީ ގޮތަކާއި މެދު ޑިރެކްޓަރުންގެ ބޯޑުގެ ހުއްދައެއް އޮތުން ލާޒިމުވާ ޙލަތުގައާ ހިންގާ ޤަ ވާއިދުގައި މި ބަޔާންކުރާ ކުރުމުގެ މައްޗަށް އެކަނި ބުރަވެ އެއީ ޑިރެކްޓަރުންގެ ބޯޑުގެ ހުއްދަ ކުރިއާލާ އޮތީ ކަމުގައި ބެލެވިދާނެ ކަމުގައި ނުދެކެމެވެ. އެހެނީ، އެ ޙއްސި ކުންފުންޏެއްގެ ނަމަށް ބަދަލުކުރުމަށް ހިންގާ ޤވާއިދުގަ ދަށުން ލިބޭ ބާރު ކުންފުންޏަށް ލިބެނީ ޙިއްސާދާރު ނިޔައުވުމުންނެވެ. އަދި، ހިންގާ ޤަވާއިދުން އެބާރު ދެވިފައި އޮތުމަކީ ކުރިއާލަ ދެވުނު ހުއްދައެއް ކަމަށް، މާނަކޮށްފިނަމަ، މިއިން ޙިއްސާދާރަކު ނިޔައުވާއިރު، ހިންގާ ޤަވާއިދުގައި ސޮއިކުރި އިރު ތިބި ބޯޑު މެންބަރުން ބަދަލުވެ އައު ޑިރެކްޓަރުން ތިބޭ ޙާލަތުގައިވެސް ހިންގާ ޤަވާއިދުން ކުރިއާލާ ހުއްދަ ލިބޭ ކަމަށް ބަލައި އައު ޑިރެކްޓަރުންގެ ބަހެއް ނެތި ގޮތެއް ނިންމުމުގެ ފުރުސަތު ލިބިގެންދާނއެވެ. އެހެންކަމުން، ކުންފުނީގެ ހިންގާ ޤަވާއިދުގެ 17 ވަނަ މާއްދާއާ ޙަވާލާދީ ޑިރެކްޓަރު ންގެ ބޯޑުގެ ހުއްދަ ކުރިއާލާ އޮތް ކަމަށް ބަލައި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް އިން ޙިއްސާ ރަޖިސްޓަރީ ކޮށް ދިނުމަށް ނިންމާފައިވަނީ ރަނގަޅަށް ކަމުގައި ނުދެކެމެވެ.

43HN7އިސްތިއުނާފު ކުރާ ފަރާތުން މިއީ ކުރިއާލާ ބޯޑުގެ ހުއްދަ ލިބިފައިވާ ކަމަށް މާނަކުރަން ވަކާލާތުކުރާ މައިގަނޑު ސަބބަ ކ، ނިޔައުވެފައިވަ ޙއްސާދާރަކީ ކުންފުނީގެ މެޖޯރިޓި ޙިއްސާދާރަށްވެފައި ބޯޑުގެ ޖަލްސާތައް ބޭއްވުމުގެ ފުރުސަތު ނެތި ކުންފުނި ހުއްޓުމަކަށް އައުމެވެ. ކުންފުންޏާބެހޭ ޤާނޫނު ގެ 72 ވަނަ މާއްދާގެ ދަށުން އެއްވެސް ސަބަބަކާ ހުރެ ކުންފުނީގެ ޢާންމު ޖަލްސާއެއް، އެކުންފުންޏެއްގެ ޖަލްސާތައ ބޭއްވުމަށް ހަމަޖެހިފައިވާ ގޮތުގެ މަތިން ބޭއްވޭ ގޮތް ނުވެއްޖެނަމަ، ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް މެދުވެރިކޮށް ބޭއްވުމުގެ އިޚްތިޔާރު ލިބިގެންވާކަން ފާހަގަކުރެވެއެވެ. މިއީ މިއުސޫލު މިމައްސަލައަށް ތަޠްބީޤުކުރުމާމެދު މިކޯޓުން ގޮތެއް ކަނޑައަޅައި ފާހަގަކޮށްފައިވާ ކަމެއް ނޫނެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 10/96 (ކުންފުންޏާބެހޭ ޤާނޫނު) ގެ 36 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 10/96 (ކުންފުންޏާބެހޭ ޤާނޫނު) ގެ 38 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 10/96 (ކުންފުންޏާބެހޭ ޤާނޫނު) ގެ 45 ވަނަ މާއްދާ (ދަށުކޯޓުގެ ޙުކުމުގައި)
  • ޤާނޫނު ނަންބަރު 10/96 (ކުންފުންޏާބެހޭ ޤާނޫނު) ގެ 72 ވަނަ މާއްދާ
  • އެމް.އެޗް.އޭ ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ޤަވާއިދުގެ 17 ވަނަ މާއްދާ، އަދި 'ޑިރެކްޓަރުންގެ ބޯޑުގެ ޢަދަދު' ސުރުޚީގެ (ށ)، (ނ)
  • ސުޕްރީމް ކޯޓުގެ 2012/SC-A/26 (ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން)

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ