ފެންޓަސީ ޕްރައިވެޓް ލިމިޓެޑް ވ. މަރްޔަމް ރީޝާ، ދަފްތަރު ނަންބަރު ރސ 14100
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ވަޒީފާއާބެހޭ ޓްރައިބިއުނަލް 124/VTR/2020
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކޮވިޑް-19 ލޮކްޑައުން ދުވަސްވަރު ގޭގައި މަސައްކަތްކުރަން އެދުނު މުވައްޒަފަކު ވަޒީފާއަށް ހާޒިރުނުވިކަމަށް ބުނެ ނޯޓިސް ނުދީ ވަކިކުރުމުގައި މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްވެފައިވޭތޯ، އަދި ޓްރައިބިއުނަލުން ވަޒީފާ އިޢާދަނުކޮށް އެއް އަހަރުގެ ބަދަލު (އައު ވަޒީފާގެ މުސާރަ އުނިކޮށް) ނަގައިދިނުމަކީ ނުޙައްޤު މުއްސަނދިކަމެއް ލިބޭ ނިންމުމެއްތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ޓްރައިބިއުނަލްގެ ނިންމުން ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޓްރައިބިއުނަލުން ވަކި ލިޔުމަކަށް ނުވަތަ ބަޔާނަކަށް ރިޢާޔަތްނުކުރާކަމަށް ބުނާ އިސްތިއުނާފީ ނުކުތާއެއްގައި، ރިޢާޔަތްނުކުރި ކަމަކީ ކޮބައިކަމާއި އެކަމުން ނިންމުމަށް އަންނާނެ ބަދަލު ބަޔާންކޮށްދޭންވާނެއެވެ؛ އެކަން ނުކޮށް ޖުމްލަ ގޮތެއްގައި ބުނުމުން އެ ނުކުތާގައި ޤާނޫނީ ބުރަދަނެއް ނޯވެއެވެ.
HN2 ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ނުދީ މުވައްޒަފަކު ވަކިކުރެވޭނީ ސީރިއަސް ޣައިރު ސުލޫކީ ޢަމަލެއް ހިންގުން ފަދަ އެކަށީގެންވާ ސަބަބެއް އޮތް ހާލަތުގައެވެ. ބަލިވެގެން ސަލާމްބުނި ދުވަސްތަކާއި، ގޭގައި މަސައްކަތްކުރުމަށް އެދުމަށް ޖަވާބު ނުދީ، ޑިއުޓީ ޝެޑިއުލް ފޮނުވިކަން ސާބިތު ނުވާ ހާލަތުގައި، އިތުބާރާއި އަމާނާތްތެރިކަން ގެއްލޭފަދަ ޢަމަލެއް ސާބިތު ނުވާތީ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމެއް ނުވެއެވެ.
HN3 އިޖުރާއީ ޢަދުލުވެރިކަމުގެ އަސާސަކީ ވަކިކުރުމުގެ ކުރިން ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުމާއި އިދާރީ ތަޙްޤީޤެއް ހިންގުމެވެ؛ ވަޒީފާއަށް ނިކުތުމަށް އެދި ސިޓީ ފޮނުވުމަކުން އެކަނި އިޖުރާއީ ޢަދުލުވެރިކަން ޤާއިމެއް ނުވެއެވެ.
HN4 މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަމާ ޚިލާފަށް ވަކިކުރުމުން ނަގައިދޭ ބަދަލަކީ ހަމައެކަނި މައްސަލަ ނިމެންދެން ހިނގި މުއްދަތުގެ މުސާރަ ނޫނެވެ؛ އެއީ ދިރިއުޅުމަށް އައި ހުއްޓުމާއި، އަބުރާއި، މާލީ ނުވަތަ ނަފްސާނީ ގެއްލުމުގެ ބަދަލެވެ.
HN5 އެއް އަހަރުގެ ބަދަލު ކަނޑައަޅައި، މުވައްޒަފު އެހެން ވަޒީފާއަކަށް ދާން ފެށި ތާރީޚުން ފެށިގެން އައު ވަޒީފާގެ އަސާސީ މުސާރަ އުނިކުރުމަކީ ޙަޤީޤީ ގެއްލުމަށް އިންޞާފުވެރި ބަދަލު ދީ ދެ މުސާރަ ލިބި ނުޙައްޤު މުއްސަނދިކަން އުފެދުން ހުއްޓުވާ ގޮތެކެވެ؛ މިއީ ސުޕްރީމް ކޯޓުގެ 2018/SC-A/49 ޤަޟިއްޔާއާ އެއްގޮތް ނިންމުމެކެވެ.
HN6 ބަދަލުގެ މިންވަރާމެދު އިސްތިއުނާފުކުރާ ފަރާތުން އުފައްދާ ޤާނޫނީ ބަހުސަކާއި ނިންމުން ރަނގަޅު ނޫންކަމަށް ދެކޭ ސަބަބު ބަޔާންނުކޮށްފިނަމަ، އެ ނުކުތާގައި ޤާނޫނީ ބުރަދަނެއް ނޯވެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޢާއިޝަތު އިބްތިޙާލް އަބްދުލްޣަފޫރު، ޗެމްބަރސް އިން
- ބެންޗު
- ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ، ފަނޑިޔާރު ޙަސަން ޝަފީޢު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: ފަނޑިޔާރު ޙަސަން ޝަފީޢު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔު
ތަޢާރުފު
1މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 124/VTR/2020 މައްސަލަ ނިންމާފައިވަނީ، ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށް ބުނެ ފެންޓަސީ ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ފެންޓަސީ" ނުވަތަ "އިސްތިއުނާފ ކުރު ފަރާތް")ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި އިސްތިއުނާފު ރައްދުވާ ފަރާތަކީ މާލެ/ ދަފްތަރު ނަންބަރު ރސ. 14100، މަރްޔަމް ރީޝާ (މީގެ ފަހުން "މަރްޔަމް ރީޝާ" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") ގެ މައްޗަށެވެ. ކަން ހިނގާފައިވާ ގޮތް:
2މަރްޔަމް ރީޝާއަކީ، 05 ޖަނަވރަ 2013 އިން ފެށިގެން ފެންޓަސީގެ އެޗް.އާރު އެންޑް އެޑްމިން ޑިޕާރޓްމަންޓުގައި އެޗް. އާރު އެންޑް އެޑްމިން އެގްޒެކްޓިވް ގުރޭޑް 1 ގެ މަޤާމުގައި ވަޒީފާއަދާކުރމުންދިޔަ ފަރާތެކެވެ.
3ކޮވިޑް -19 އާ ގުޅިގެން މާލެ ލޮކްޑައުން ކުރުމާ ގުޅިގެން، އޯޑަރ ނެގުމުގެ މަސައްކަތް ކުރާ ޓީމުގެ މުވައްޒަފުން މަދުވުމުން އެޗް.އާރު ޑިޕާޓްމަންޓުގެ މުވައްޒަފުން އޯޑަރ ނަގާ ޓީމަށް ބޭނުންވާކަމަށް ވައިބަރ އިން އަންގައި 20 އެޕްރީލް 2020 ގެ ޑިއުޓީ ޝެޑިއުލްގައި މަރްޔަމް ރީޝާ ހިމެނިއެވެ.
4ލޮކްޑައުން ތެރޭ ވަޒީފާއަށް ދެވެން ނެތްކަމަށް ސަބަބުން ބަޔާންކޮށް ގޭގެ ހުރެގެން މަސައްކަތް ކުރުމުގެ ހުއްދައަށް އެދި މަރްޔަމް ރީޝާގެ ފަރާތުން ވައިބަރއިން މެސެޖެއް 20 އެޕްރީލް 202 ފޮނުވިއެވެ. އަދި ރަޖިސްޓަރީ ނަންބަރު 95/2005-C ދރއ20 އެޕްރީލް 2026 ގެ ވައިބަރ ސްކްރީން ޝޮޓް މަސައްކަތްކުރުމުގެ ފުރުޞަތު ހަމަޖައްސައިދިނުމަށް މަރްޔަމް ރީޝާގެ ފަރާތުން އިސްތިއުނާފު ކުރާ ފަރާތަށް މެއިލްއެއް 21 އެޕްރީލް 2020ގައި ފޮނުވިއެވެ.
5އެ މެއިލް ފޮނުވިފަހުން، 21 އެޕްރީލް 2020 ގައި އެކުންފުނިން މަރްޔަމް ރީޝާއަށް ފޮނުވި ސިޓީގައި އެންގީ އެ ކުންފުނިން ކާބޯތަކެތީގެ ޚިދުމަށް އެދުވަސްވަރު ދެމުންދަނީ ޚިދުމަތެއްގެ ގޮތުން ކަމަށާއި، އެ ޚިދުމަތް ފޯރުކޮށްދިނުމުގައި ކުންފުނީގެ ހުރިހާ ދާއިރާއެއްގެ މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު މަޤުބޫލު ސަބަބެއް ނެތި ވަޒީފާއަށް ނައުމުން ރައްޔިތުންނަށް ދޭންޖެހޭ ޚި ދުމަށް ނުދެވި އިޚްލާސްތެރިކަމާއެކު މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ނޭދެވޭ އަސަރުކުރާ ކަމަށަ އިވާ މާ މަޤުބޫލު ސަބަބެއް ނެތި ވަޒީފާއަށީ ނުނިކުން ނަނަމަ ފިޔަވަޅު އެޅޭނެކަމާއި އޭގެ ތެރޭގައި ވަޒީފާއިން ވަކިކުރުން ވެސް ހިމެނޭ ކަމަށެވެ.
6އެ ސިޓީއާ ގުޅިގެން 22 އެޕްރީލް 2020 ގައި މަރްޔަމް ރީޝާގެ ފަރާތުން އެކުންފުންޏަށް ސިޓީއެއް ފޮނުވިއެވެ. އ ސިޓީގައި ވެސް އޭނާއަކީ އެޑްމިން މުވައްޒަފެއް ކަމުން ކޮވިޑް- 19 ގެ ޙާލަތަށް ރިޢާޔަތްކޮށް ގޭގައި މަސައްކަތްކުރެވޭނ ގޮތެ ހަދައިދިނުމަށް އެދުނެވެ.
7ގޭގައި މަސައްކަތްކުރުމުގެ ފުރުޞަތަށް އެދުނު ނަމަވެސް އެފުރުޞަތު ދިނުމެއް ނެތި، ވަޒީފާގެ އެއްބަސްވުމާއި ކުންފުނީގެ ޕޮލިސީތަކާ އެއްގޮތަށް ވަޒީފާއަށް ހާޒިރުވެފައި ނުވާ ކަމަށް ބަޔާންކޮށް 27 އެޕްރީލް 2020 އިން ފެށިގެން ވަޒީފާއިން ވަކިކުރިކަން ފެންޓަސީން މަރްޔަމް ރީޝާއަށް އެންގިއެވެ.
8ވަޒީފާއިން ވަކިކޮށްފައިވނ ޤާނޫނީ ޚިލާފަށްކަމަށް ބުނަ އެ މައްސަލަ މަރްޔަމް ރީޝާގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއެވެ.
9މި ޤަޟިއްޔާގައި އިސްތިއުނާފުކުރެވފައި މިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 124/VTR/2020 މައްސަލައަކީ މަރްޔަމް ރީޝާގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު ބަލާފައިވާ މައްސަލައެވެ. 21 އެޕްރީލް 2020 ގައި މަރްޔަން ރީޝާގެ ފަރާތުން ފެންޓަސީގެ އެޗް. އާރު އަށް ފޮނުވި މެއިލް ފެންޓަސީގެ ނަންބަރު FAN/HR/2020/186 ޓްރައިބިއުނަލުން ނިންމިގޮތް
10ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 124/VTR/2020 މައްސަލައިގައި ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ. " ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތުންނާއި މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި މައްސަލަ ބެލި މަޖިލީހުގައި ދެފަރާތުން ދެއްކި ވާހަކަތަކަށް ބެލިއިރު، މާލެ، ދަފްތަރު. ނަންބަރު ރސ 14100، މަރްޔަމް ރީޝާ (ދިވެހި ރައްޔިތެއްކަން އަންގައިދޭ 05 ޖަނަވަރީ 2013 އިން ފެށިގެން ފެންޓަސީ ޕްރައިވެޓް ލިމިޓެޑުގައި އަދާކުރަމުން ދަނިކޮށް ކޮވިޑް- 19 ގެ ހާލަތާ ގުޅިގެން މާލެ ލޮކްޑައުންކުރި ދުވަސްވަރު ގޭގައި މަސައްކަތްކުރުމުގެ ފުރުސަތު ހަމަޖައްސައިދިނުމަށް އެދި މަރްޔަމް ރީޝާގެ ފަރާތުން އެދިފައިވީނަމަވެސް، މަރްޔަމް ރީޝާއަށް އެ ފުރޞު ތ ފަހިކޮށްދިނުމަކާ ނުލައި ވަޒީފާއިން ވަކިކޮށްފައިވާތީ މަރްޔަމް ރީޝާ ވަޒީފާއިން ވަކިކޮށްފައިވަނީ ރަނގަޅަށްތޯ ބަލައިދިނުމަށާއި، މަރްޔަމް ރީޝާ ވަޒީފާއިން ވަކިކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށްވާނަމަ، މައްސަލަ ނިމޭ ދުވަހާއި ހަމައަށް މަރްޔަމް ރީޝާ ވަޒީފާގައި ހުރިނަމަ ލިބޭނެ މުސާރައިގެ ޖުމްލަ ނަގައިދިނުމަށާއި، ވަޒީފާއިން ވަކިކުރުމަށް ދޭންޖެހޭ ނޯޓިސް ނުވަތަ ނޯޓިސް މުއްދަތަށްވާ ފައިސާ ދީފައިނުވާތީ އެފައިސާ ނަގައިދިނުމަށާއި، ބަލިވެގެން ސަލާމް ބުނުމުން ސަލާމް ޤަބޫލުނުކޮށް އެދުވަސްތަކަށް މުސާރަ ދީފައިނުވާތީ އެދުވަސްތަކުގެ މުސާރަ ނަގައިދިނުމަށާއި، ވަޒީފާއިން ވަކިކުރުމަށްފަހު ޤަބޫލުކުރެވޭ ސަބަބެއްނެތި މަސައްކަތްކުރި ދުވަސްތަކުގެ މުސާރަ ނުދީ އެއް މަސްދުވަސް ވަންދެން ހިފަހައްޓާފައިވާތީ އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށާއި، މައްސަލަ ހުށަހެޅި ފަރާތަށް ދީފައިވާ ޓަރމިނޭޝަން ލެޓަރގައި ވަޒީފާއިން ވަކިކުރި ސަބަބުގެ ގޮތުގައި ވަޒީފާއަށް ހާޒިރުނުވާކަމަށް ބަޔާންކޮށްފައި އޮތުމުގެ ސަބަބުން އިންކަމ ސަޕޯޓް އެލަވަންސް ލިބިފައިނުވާތީ އިންކަމ ސަޕޯޓް އެލަވަންސަށްވ ފައިސާ ނަގައިދިނުމަށާއި، ރިފަރަންސް ލެޓަރގައި މައްސަލަ ހުށަހެޅި ފަރާތް އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވަޒީފާއަދާކުރި ތަންތަނުގެ ތަފްސީލު ހިމަނާފައިނުވާތީ އެކަންކަން ހިމެނުމަށފަހް ރިފަރަންސް ލެޓަރއެއ ދިނުމަށް މައްސަލް ރައްދުވަ ފަރާތުގެ މައްޗަށް އަމުރުކޮށްދިނުމަށްއެދި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މި މައްސަލައިގައި، މައްސަލަ ހުށަހެޅި ފަރާތް 27 އެޕްރީލް 2020 ގައި ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއަށް ނިކުތުމަށް ތަކުރާރުކޮށް އެންގުމުންވެސް މަޤްބޫލު އުޒުރެއްނެތި ވަޒީފާއަށް ނުނިކުމެ، ވަޒީފާއަށް ނިކުތުމަށް ދެކޮޅުހަދައި، ވަޒީފާއަށް ނިކުތުމަށް ނަސޭހަތްދީ، މަޤްބޫލު އުޒުރެއްނެ ތ ވަޒީފާއަށް ނުނިކުމެއްޖެނަމަ ފިޔަވަޅު އެޅޭނެކަން އަންގައި ނޯޓިސް ދިނުމުންވެސް ވަޒީފާއަށް ނިކުތުމަށް ދެކޮޅުހެދުމުންކަމަށާއި، މިކަމަކީ އެޗް.އާރް.ގެ އިސް މުވައްޒަފެއްގެ ކިބައިން ފެންނަން ނުޖެހޭކަމެއް ކަމުގައި ޤަބޫލުކުރެވުމުން، މައްސަލަ ހުށަހެޅި ފަރާތް އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ ކުންފުންޏަށް އިތުރު ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ބެލެވުމުން، ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމަށް ރިއާޔަތްކޮށްކަމުގައ ބުނި ފެންޓަސީ ޕްރައިވެޓް ލިމިޓެޑުން ޖަވާބުދާރީވިއިރު، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި މައުޟޫޢީ އަދުލުވެރިކަން ޤާއިމްކުރުމަކާނުލައި ކަމުގައިވީނަމަވެސް، މައްސަލަ ހުށަހެޅި ފަރާތް އަދާކުރަމުންދިޔަ ވަޒީފާއަށް އަނބުރާ ރުޖޫޢަކޮށްދިނުމަށް އެދިފައިނުވާތީ، އެ ފަރާތް އަދާކުރަމުން ދިޔަ މަގާމަށް އަނބުރާ އިއާދަކޮށްދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، އެހެންނަމަވެސް މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ޤާއިމުކޮށްފައިނުވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) ގެ ދަށުން ބަދަލެއްގެ ގޮތުގައި މައްސަލަ ހުށަހެޅި ފަރާތަށް މަހު އުޖޫރައިގެ ގޮތުގައި ލިބެމުންދިޔަ -/7,000ރ. (ހަތްހާސް ރުފިޔާ) އާއި އެލަވަންސް ގެ ގޮތުގައި ލިބެމުންދިޔަ - /,0006ރ. (ހަހާސް ރުފިޔާ) ގެ ނިސްބަތުން 01 (އެކެއ) އަހަރު ދުވަހުގެ މުސާރައިގެ ގޮތުގައި ޖެހޭ -/156,000 ރ. (އެއްލައްކަ ފަންސާސް ހަހާސް ރުފިޔާ) ނަގައިދިނުމަށް ކަނޑައަޅައި، ނަމަވެސް މައްސަލަ ހުށަހެޅި ފަރާތް 3 ޖުލައި 2021 އިން ފެށިގެން އިތުރު އެހެން ވަޒީފާއެއް އަދާކުރަން ފަށާފައިވާތީ، މައްސަލަ ހުށަހެޅި ފަރާތަށް ނުޙައްޤު މަންފާ (unjust enrichment) އެއް ލިބުމުގެ ފުރުސަތު ނަފީކުރުމުގެ މަޤްޞަދުގައި، މައްސަލަ ހުށަހެޅި ފަރާތް މިހާރު އަދާކުރަމުންދާ ވަޒީފާގައި އެފަރާތަށް އަސާސީ މުސާރައިގެ ގޮތުގައި ލިބެމުންދާ -/,5007ރ. އުނިކުރުމަށްފަހު، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 42 ވަނަ މާއްދާގެ ދަށުން 20 އެޕްރީލް 2020 އަދި 21 އެޕްރީލް 2020 ވަނަ ދުވަހު ސަލާމްބުނެފައިވާތީ އެދުވަސްތަކަކ މައްސަލީ ހުށަހެޅަ ފަރާތުން ހާޒިރުނުވާ ދުވަސްތަކެއް ކަމުގައި ބެލެވޭނެ ހަމައެއް ނެތްކަމަށް ކަނޑައަޅައި، އެފަރާތަށް މުސާރައިގެ ގޮތުގައި ދުވަހަކަށް ލިބެންޖެހޭ -/433.33ރ. (ހަތަރުސަތޭކަ ތިރީސް ތިން ރުފިޔާ ތިރީސް ތިން ލާރި) ގެ ނިސްބަތުން 2 (ދޭއް) ދުވަހަށްވާ -/866.67ރ. (އަށްސަތޭކަ ފަސްދޮޅަސް ހަ ރުފިޔާ ފަސްދޮޅަސް ހަތް ލާރި) ނަގައިދިނުމަށް ކަނޑައަޅައި، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރުމުން އެފަރާތަށް ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް މި މައްސަލައިގައި ނަގައިދެވޭތޯ މައްސަލީ ހުށަހެޅަ ފަރާތުން އެދިފައިވާ ފަޔަރިންގ ނޯޓިސްގެ މުއްދަތުގެ ފައިސާ ނަގައިދެވޭނެ ހަމައެއް ނެތްކަމަށް ކަނޑައަޅައި، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރިތާ 1 (އެކެއް) މަސްދުވަސް ފަހުން މުސާރަ ދީފައިވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ހަމައެއް ނެތްކަމަށް ކަނޑައަޅައި، މައްސަލަ ހުށަހެޅި ފަރާތަށް އިންކަމ ސަޕޯޓް އެލަވަންސް ނަގައިދެވޭނެ ހަމައެއް ނެތްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު)ގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މައްސަލަ ހުށަހެޅި ފަރާތް ވަޒީފާ އަދާކުރިކަމުގެ ލިޔުމެއް ދިނުމަށް މައްސަލަ ރައްދުވި ފަރާތުގެ މައްޗަށް އަމުރުކޮށް، އިސްވެ ބަޔާންކުރެވުނު ފައިސާ މިއަދު (26 އޮގަސްޓު 2021) އިން ފެށިގެން (ރަސްމީ ބަންދުނޫން) 21 (އެކާވީސް) ދުވަހުގެ ތެރޭ މަރްޔަމް ރީޝާއަށް ދިނުމަށްފަހު އެކަން ހަމަޖެހޭތާ (ރަސްމީ ބަންދުނޫން) 05 (ފަހެއް) ދުވަހުގެތެރޭ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް މި މައްސަލަ ރައްދުވި ފެންޓަސީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އަންގައި އަމުރުކޮށް މި މައްސަލަ ނިންމީމެވެ." އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް
11ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 124/VTR/2020 މައްސަލަ އިސްތިއުނާފު ކުރުމަށް އެދި ފެންޓަސީގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ދެ ނުކުތާއެވެ.
2.11. މަރްޔަމް ރީޝާ ފެންޓަސީގެ ވަޒީފާއިން ވަކިކޮށްފައިވަނީ، މައުޟޫޢީ ޢަދުލުވެރިކަމާއި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހުގައިކަން، ފެންޓަސީގެ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކުންނާއި، ދައްކާފައިވާ ވާހަކަތަކުން ވަރަށް ސާފުކޮށް އެނގެން އޮންނަ ކަމަށާއި އެކންކަމުގަ މައްޗަށް ޢަދުލުވެރި އަދި އިންޞާފުވެރި ނަޒަރަކުން އެކަށީގެންވާ ގޮތެއްގައި ނުބަލައި މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ؛
3.11. ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި އެކަށީގެންވާ މުއްދަތަކަށްވުރެ ގިނަ މުއްދަތު ފާއިތުކުރުމަށްފަހު، މައްސަލަ ނިންމިއިރު އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާ އަނބުރާ އޔިދަކުރުމުގެ ބަދަލުގައި އއ އަހަރު ދުވަހަށްވާ މިންވަރުގެ ބަދަލެއް ނަގައިދީފައިވަނީ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާނު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ކަމަށެވެ. މިޤަޟިއްޔާއާ ގުޅިގެން 02 ޖުލައި 2026 ގައި ބޭއްވި އަޑުއެހުމުގައި އިސްތިއުނާފު ކުރާ ފަރާތުން އިސްތިއުނާފީ ދެވަނަ ނުކުތާ ފޯމުގައި ބަޔާންކޮށްފައިވަނީ ލިޔުމުގެ ކުށެއްކަމަށް ފާހަގަކޮށް ހުށަހެޅިގޮތް އިސްތިއުނާފު ކުރާ ފަރާތުން ދެއްކި ވާހަކަ:
12އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން ދެއްކި ވާހަކަތަކުގައި ޖުމްލަކޮށް ފާހަގަކޮށްފައިވަނީ، ވަޒީފާއިން ވަކިކުރެވިފައިވަނީ ވަޒީފާއަށް ނުކުތުމަށް ތަކުރާރުކޮށް އެންގުން ވެސް މަޤުބޫލު އުޒުރެއްނެތި ވަޒީފާއަށް ހާޒިރުވެފައި ނުވާތީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތުގައި، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންކަން އިސްތިއުނާފު ރައްދުވާ ފަރާތުގެ އެޓެންޑެނސް ޝީޓާއި މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ބަޔާންތަކނ އެނގެން އޮންން ކަމަށާއި، ހ އިކޯޓުގެ ނަންބަރ 2013/HC-A/77 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަށް ބަލާއިރު ކުންފުނީގެ ހުއްދައަކާނުލައި ވަޒީފާއަށް ހާޒިރުނުވުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިހެއް ދިނުމަކާ ނުލައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެ ސަބަބެއް ކަމަށއާ ވުމާއެކު އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާ ކަމަށް ދެކޭކަމަށެވެ.
13އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅޭގޮތުން ބުނެފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީ މައްސަލައިގައ ހުށަހަޅަންޖެހޭ ލިޔުންއ ހުށަހަޅް ނިމި ދެފަރާތުން ދައްކަންޖެހޭ އެންމެހާ ވާހަކަތަކާއި އަދި މައްސަލައިގެ ޚުލާސާ ބަޔާންވެސް ހުށަހެޅިތާ ގިނަދުވަސްތަކެއް ފާއިތުވީ ފަހުން ކަމަށް ވާއިރު އެހާ ދިގު މުއްދަތެއް މައްސަލަ ނިންމުމަށް ހޭދަކުރުމަށްފަހު އެމުއްދަތާ ހަމައަށް މުސާރައާ ޢިނާޔަތް ނަގައިދިނުމަކީ އިސްތިއުނާފު ރައްދުވާ ފަރާތަށް ނުޙައްޤު މުއްސަނދިކަމެއް ލިބޭކަމެއް ކަމަށއާ އަދި އިސްތިއުނާފު ކުރާ ފަރާތަށް ނުޙައްޤުން މާލީ ބުރައެއް އުފުލަންޖެހޭ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
އިސްތިއުނާފު ކުރާ ފަރާތުން އެދޭގޮތް
14އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތަކީ، ވަޒީފާއބެހާ ޓްރައިބިއުނަލުގެ މައްސަލައިގައި އިޖރާއު ޢަދުވެރިކަމއާ މއުޟޫޢަ ޢަދުވެރިކަން ޤާއިމުކޮށްފައި ނުވާކަމަށް ނިންމާފައިވާ ނިންމުން ބާ ޠލިކޮށްދނުމަށާއި އިސްތިއުނާފު ރައްދުވާ ފަރާތަށް 01 އަހަރު ދުވަހުގެ މުސރާ އާއަ ޢިނާޔަތުގެ ގޮތުގައި ނަގާދީފައިވާ ފައިސާ ނަގައިދެވޭނެ ތަނެއްނެތް ކަމުގައި ކަނޑައަޅައި ދިނުމަށާއި، އަދި ފެންޓަސީގެ ފަރާތުން އިސްތިއުނާފު ރައްދުވފަރާތާ ވަޒީފާއިން ވަކިކޮށްފައިވަނީ ރަނގަޅަށް ކަމަށް މައްސަލަ ނިންމާ ދިނުމަށްކަމަށެވެ.
އިސްތިއުނާފީ ނުކުތާތަކުގެ ރައްދގައ ދެއްކި ވާހަކު
15އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ކޮވިޑް 19ގެ ބަލި މަޑުކަމުގެ ޙާލަތުގައި ފުރަތަމަ ލޮކްޑައުން އިޢުލާނުކޮށް ޢާންމުން އެއްވެ އުޅުން މަނާ ކޮށްފައިވާ ދުވަސްވަރެއްގައި އަދި ޕޮލިހުންގެ ޚާއްޞަ ހުއްދައެއް ނަގައިގެން ނޫނީ ބޭރަށް އެއްވެސް މީހަކަށް ނުދެވޭގޮތަށ ސަރުކާރުން އަންގަމުން ދަނިކޮށަ އަދި އެފަރާތުގެ ގޭގައި ތިބި ކުޑަކުދިންނާއި މައިންބަފައިންނަކީ ހައި ރިސްކް މީހުންކަން އަންގއަ އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ގޭގައި ހުރެގެން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރަން ތައްޔާރަށް ހުރިކަން ތަކުރާރުކޮށް އެކިފަހަރު މަތީން އަންގާފައި ވަނިކޮށް ކަމަށާއި، އެ ފުރުޞަތު ދިނުމަކާނުލައި އަދި ރޯގާގެ ޢަލާމާތްތައް ހުރުމާއެކު އެޗް. ޕީ. އޭގެ އޮންލައިން ކްލިނިކަށް ދައްކާފައިވާކަން ފެންޓަސީއަށް އަންގާފައި ވަނިކޮށް ސަލާމުގެ ޗުއްޓީގެ ގޮތުގައިވެސް ނުބަލައި ކަމަށާއި، އެފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޚިލާފަށްކަން ޓްރައިބިއުނަލްގެ ރިޕޯޓުން ރަނގަޅަށް ސާފުވާ ކަމަށާއި، ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ޙާލަތެއް އޮވެގެންކަމަށް ނުދެކޭކަމަށާއް ވަޒީފާއާބެހޭ ޓްރައިބިއުނަލގު ނިންމުން ރަނގަޅު ކަމަށް ދެކޭކަމަށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް
16އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭ ގޮތް ކަމަށް ބުނެފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 124/VTR/2020 މައްސަލަ ނިންމާފައި ވަނީ ރަނގަޅަށްކަމަށްކަނޑައަޅައި ދިނުމާއެކު ބަދަލުގެ ގޮތުގައި އެއް އަހަރު ދުވަހުގެ ފައިސާއާއި ޢިނާޔަތްތައް ކަމަށްވާ 156,000.00ރ. (އެއްލައްކަ ފަންސާސް ހަހާސް ރުފިޔާ) ނަގައި ދިނުމަށް ކަނޑައަޅައިދިނުމަށާއި އަދި ޓްރައިބިއުނަލްގެ ރިޕޯޓުގައި އަމުރުކޮށްފައިވާ ގޮތަށް އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތަކާއ ވަޒީފި އަދާކުރާ މުއްދަތުތައް އެނގޭނެހެން ވަޒީފާ އަދާކުރި ކަމުގެ ލިޔުން ނުލިބި އޭރު ލަސްވަމުނ ދިޔުމުން ވަޒީފާއެއް ހޯދުމަށް ލިބުން ގެއްލުމުގެ ބަދަލާއި، ވަޒީފާ އަދާކުރިކަމުގެ ލިޔުން ނުލިބި ލަސްވަމުންދާތީވަޒީފާއެއް ހޯދުމުގައި ދަތިތަކެއް ކުރިމަތިވމުންދާތަ މިމައްސަލަ ނިމުމުގެ ކުރިން ވަޒީފާ އަދާކުރިކަމުގެ ލިޔުން ދިނުމަށް އަމުރުކޮށްދިނުމަށާއި އަދި މައްސަލައިގެ އިސްތިއުނާފު މަރުޙަލާ ނިމި މައްސަލަ އެއްކޮށް ނިމޭ ދުވަހާ ހަމައަށް ލިބޭ ގެއްލުމަށް އެކަށީގެންވާ ބަދަލެއް ނަގައި ދިނުމަށް އެދޭކަމަށެވެ.
ފާހަގަކުރެވުނު ކަންކަން
17އިސްތިއުނާފު ކުރާ ފަރާތުގެ ފުރަތަމަ އިސްތިއުނާފީ ނުކުތާއަށް ބަލާއިރު އެ ނުކުތާގައި މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ ވަޒީފާއިން ވަކިކުރުމުގއަ މައުޟޢޫ އަދި އިޖުރާއީ ޢދުލުވެރިކަނަ ޤއިމުކޮށްފައިނުވާކަމަށާ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ، ޓްރައިބިއުނަލަށް ހުށަހެޅުނު ލިޔުންތަކަށާއި، މައްސަލަ ކުރިއަށް ދިޔައިރު ދެކެވުނު ވާހަކަތަކަށް ރިޢާޔަތްނުކޮށް ކަމުގައެވެ.
18އެގޮތުން އެ ނުކުތާގެ ތަފްސީލުގައި އިސްތިއުނާފު ފޯމުގެ 7.1 ގައި، ޓްރައިބިއުނަލްއިން މައްސަލަ ނިންމުމުގައި ރިޢާޔަތްކޮށްފައިނުވާ ލިޔުންތައްކަމުގައި ބަޔާންކޮށްފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ އެޓެންޑެންސް ޝީޓާއި، މައްސަލައާގުޅިގެން ހުށަހަޅާފައިވާ ބަޔާންތަކުގެ ވާހަކައެވެ.
19ޓްރައިބިއުނަލްގެ ނިންމުމަށް ބަލާއިރު، މި މައްސަލއަ ގައި މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވޭތޯ ބެލުމުގައި މައިގަނޑު ގޮތެއްގައި ރޢި ޔަތްކޮށްފައިވަނީ މައްސާ ލައަގައ ކަނި ހިނގައިދިޔަ ގޮތުގެ މައްޗަށެވެ. މިޤަޟިއްޔާއާ ގުޅިގެން 02 ޖުލައި 2026 ގައި ބޭއްވި އަޑުއެހުމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން އެދުނުގޮތް
20އެގޮތުން، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއަށް ނުނިކުމެ ހުރި ދުވަސްތަކުގެ ތެރެއިން، 20 އޭޕްރީލް 2020 ވަނަ ދުވަހާއި، 21 އޭޕްރީލް 2020 ވަނަ ދުވަހު، އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަލި ހާލަތު ބަޔާންކޮށް، އިސްތިއުނާފު ކުރާ ފަރާތުގެ ވައިބަރ ގްރޫޕަށް މެސެޖްކޮށްފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނާތީ، އެ ދެ ދުވަހަކީ ބަލިވުމުނ ސަލާމް ބުނެފައިވް ދެ ދުވަސްކަމުގައި ކަނޑައަޅައި، އެ ދެދުވަހަށް ހައްޤުވާ މުސާރަ ނަގައިދޭންޖެހޭކަމަށް ކަނޑައަޅާފައިވެއެވެ.
21މީގެ އިތުރުން، އިސްތިއުނާފު ރައްދުވާ ފަރާތުން ކޮވިޑް -19 ގެ ހާލަތާއި ގުޅިގެން، ވަޒީފާއަށް ނުނިކުމެވޭނެ ހާލަތެއް އޮތްކަން ބަޔާންކޮށް އެކަން އެންގުމުން، އިސްތިއުނާފު ކުރާ ފަރާތުން އެކަމަށް އެއްވެސް ޖަވާބެއް ދީފައިނުވާކަމަށާއި، އެކަން ހަމަޖެހުނުކަނ ނުވަތް ނޫންކަންވެސް އަންގާފައިނުވާކަމަށާއި، އަދި 21 އޭޕްރީލް 2020 ގެ ފަހުން، އިސްތިއުނާފު ރައްދުވާ ފަރާތަށް، އެފަރާތުގެ ޑިއުޓީ ޝެޑިއުލް ލިބިފައިނުވާކަމަށް ބުނެފައިވާ ބުނުމަށް އިންކާރު ކޮށްފައި ނުވާކަމާއި، އަދި އިސްތިއުނާފު ރައްދުވާ ފަރާތުގެ ޖޮބް ޑިސްކްރިޕްޝަންއަށް ބަލާއިރު އެފަރާތުގެ މައިގަނޑު ޒިންމާތަކާއި މަސްއޫލިއްޔަތު ތަކަކީ އިދާރީގޮތުން ކުރަންޖެހޭ ކަންކަން ކަމުގައި ފާހަގަވާއިރު، ޖޮބް ޑިސްކްރިޕްޝަންގައ ނުހިމެނި ކަމެއް ކުރުމަށް އަންގާފައިވާކަމަށް ޓްރައިބިއުނަލްއިން ބަލާފައިވެއެވެ.
22ބަޔާންވެދިޔަ ކަންކަމަށް ބަލާއިރު، ޓްރައިބިއުނަލްއިން މި މައްސަލާގައި ބަލާފައިވަނީ، މައްސަލާގައި ކަންހިނގައިދިޔ ގޮތަށަ ބަލާއިރު، ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަމުގައިވޭތޯއާއި، އަދި އެއީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން، ނޯޓިހެއް ދިނުމެއް ނެތި ވަޒީފާއިން ވަކިކުރެވިދާނެފަދަ ހާލަތެއް ތޯއެވެ.
23އެގޮތުން ޓްރައިބިއުނަލްއަށް ބުރަވެވިފައިވަނީ، ވަޒީފާއަށް ނުނިކުމެ ހުރި ދުވަސްތަކުން 2 (ދޭއް) ދުވަހަކީ ސަލާމުގެ ޗުއްޓީ ކަމުގައްޔާއި، އޭގެ ފަހުން ހިނގައިދިޔަ ދުވަސްތަކުގެ ޑިއުޓީ ޝެޑިއުލް އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިފައިނުވުމުގެ އިތުރުން، ގޭގައި މަސައްކަތް ކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދިފައިވާ އެދުމަށް ވަކި ޖަވާބެއް އެހާތަނަށް ދީފައި ނުވުމަކީ، ވަޒީފާއަށް ނުނިކުމެ ހުރި ހުރުމަކީ، އެފަދަ ސަބަބެއް ނޫންކަމުގައި ބަލަންޖެހޭ ކަމެއްކަމުގައެވެ.
24އިސްތިއުނާފު ރައްދުވާ ފަރާތުން ވަޒީފާ އަށް ނުނިކުމެ ހުރި ދުވަސްތަކުން 2 (ދޭއް) ދުވަހަކީ ސަލާމް ޗުއްޓީގެ ގޮތުގައި ޓްރައިބިއުނަލް އިން ކަނޑައަޅާފައިވާވުމާއި، އަދި އިތުރަށް ވަޒީފާއަށް ނުނިކުމެ ހުރި ދުވަސްތަކުގެ ޑިއުޓީ ޝެޑިއުލް އިސްތިއުނާފު ރައްދުވާ ފަރާތަށް އިސްތިއުނާފު ކުރާ ފަރާތުން ނުފޮނުވާކަމށަ އިންކާރު ނުކުރާކަމަށް ބަޔާންކޮށްފައިވުމާއި، އަދި ގޭގައި މަސައްކަތް ކުރުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދިފައިވަނިކޮށް، އެކަމަށް އެއްވެސް ޖަވާބެއް ދީފައިނުވާކަމަށާއި، އަދި ޖޮބް ޑިސްކްރިޕްޝަންގައ ނުހިމެނި ކަމެއް ކުރުމަށް އަންގާފައިވާކަމަށް ޓްރައިބިއުނަލްއިން ކަނޑައަޅާފައިވާ ނުކުތާތަކަށް ޖަދަލުކޮށް މި އިސްތިއުނާފުގައި ބަހުސް ކޮށްފައިނުވެއެވެ.
25HN1އެޓެންޑެންސ ޝީޓަށް ރިޢާ ޔަތްކޮށް، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއަށް ނނިކުންނު ދުވަސްތައް ބަޔާންކުރުމަކުން، ޓްރައިބިއުނަލްގެ ނިންމުމަށް އަންނާނެ ބަދަލެއް އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްފައިނުވާއިރު، އެޓެންޑެންސްގައި "އެބްޒެންޓް" ކަމަށް ބަޔާންކޮށްފައިވާ އެއްވެސް ދުވަހަކީ އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއަށް ހާޒިރުވި ދުވަހެއްކަމުގައި ޓްރައިބިއުނަލްއިން ބަލާފައި ނުވެއެވެ. އެހެންނަމަވެސް، އޭގެ ތެރެއިން ދެ ދުވަހަކީ ބަލިވެގެން ސަލާމް ބުނެފައިވާ ދެ ދުވަސްކަމަށާއި، ބާކީ އޮތް ދުވަސްތަކުގެ ޑިއުޓީ ޝެޑިއުލް އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިފައިނުވާކަމަށް ޓްރައިބިއުނަލްއިން ކަނޑައަޅާފައި ވެއެވެ. އެކަމުގައި އެޓެންޑެންސް ޝީޓާއި ޚިލާފަށް ބަޔާންކުރެވުނު ކަމެއް އޮތްކަމުގައި ނުފެނެއެވެ. އަދި މި ނުކުތާއާ ގުޅިގެން ޓްރައިބިއުނަލްގެ މަރުހަލާގައި ފާހަގަކުރި އެހެން ކަމަކަށް ރިއާޔަތް ނުކުރާކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްފައިނުވެއެވެ. ހަމއެކަނަ ބަޔާންކޮށްފައިވަނީ، ޖުމްލަގޮތެއްގައި މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ބަޔާންތަކުގެ ވާހަކަ ކަމުގައިވެފައި، ޓްރައިބިއުނަލްގައި ދެކެވުނު ވާހަކަތަކުގެ ތެރެއިން ރިޢާޔަތްނުކުރި ކަމަކީ ކޮބައިކަން މިކަމުގެ ތަފްސީލުގައި ބަޔާންކޮށްފައިނުވުމުން، މައްސަލައާއި ގުޅިގެން ހުށަހަޅާފައިވާ ބަޔާނަކަށް ރިއާޔަތްކޮށްފައިނުވާކަމަށް މި ނުކުތާގައި ކަނޑައެޅިދާނެކަމުގައި ނުދެކެމެވެ.
26އެހެންކަމުން، ޓްރައިބިއުނަލްއިން މައްސަލަ ނިންމުމުގައި ޙަވާލާދީފައިނުވާކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނާ އެޓެންޑެންސް ޝީޓުގައި މުވައްޒަފު "އެބްޒެންޓް" ކަމަށް އޮތް އެއްވެސް ދުވަހަކީ، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއަށް ހާޒިރުވި ދުވަހެއްކަމުގައި ޓްރައިބިއުނަލްއިން ކަނޑައަޅާފައިނުވެއެވެ. އަދި ޓްރައިބިއުނަލުން ބަލާފައިވަނީ ހާޒިރުނުވެވ އޮތި ސަބަބަށެވެ. އެހެންކަމުން އެޓެންޑެންސް ޝީޓަށް ރިޢާޔަތްކުރުމަކުން ޓްރައިބިއުނަލްގެ ނިންމުމަށް އަންނާނެ ޤާނޫނީ ބަދަލެއް ނެތުމުން، އިސްތިއުނާފު ކުރާ ފަރާތުގެ މި ނުކުތާގައި ޤާނޫނީ ބުރަދަނެއް އޮތްކަމުގައި ނުފެނެއެވެ.
27HN2މީގެ އ ތުރުން، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ދިނުމަކާ ނުލައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، މުވައްޒަފުގެ ފަރާތުން ސީރިއަސް ޣައިރު ސުލޫކީ އަމަލެއް ހިންގުން ފަދަ އެކަށީގެންވާ ސަބަބެއް އޮންނަ ހާލަތުގައެވެ. މި މައްސަލައިގެ ހަގީގަތަށް ރޢި ޔަތްކުރާއިރު، މުވައްޒަފު ވަޒީފާއަށް ނުނިކުންނަ ކަމަށް ބުނާ ދުވަސްތަކުގެ ތެރެއިން 20 އަދި 21 އޭޕްރީލް 2020 އަކީ ބަލިވެގެން ވައިބާ މެދުވެރިކޮށް ސަލާމް ބުނެފައިވާ ދެ ދުވަހެވެ. ކޮވިޑް -19 ގައި މާލެ ލޮކްޑައުންގައި އޮތް ދަނޑިވަޅުގައ ގޭގައި އިނދެގެން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް މުވައްޒަފު އެދުމުން ވަޒީފާދޭ ފަރާތުން އެއަށް ޖަވާބެއް ދީފައެއް ނުވާއިރު، 21 އޭޕްރީލްގެ ފަހުން ޑިއުޓީ ޝެޑިއުލް ފޮނުވިކަން ސާބިތުކޮށްދވިފައެއްވެސެ ނުވެއެވެ. އެހެންކަމުން، ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދު އޮންނަންޖެހޭ އިތުބާރާއި އަމާނާތްތެރިކަން ގެއްލޭފަދަ އަމަލެއް މުވައްޒަފު ކޮށްފައިވާކަން މި މައްސަލައިގައި ސާބިތުނުވާތީ، މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައި ނުވާކަމަށް ޓްރައިބިއުނަލުން ނިންމި ނިންމުން ރަނގަޅުކަމުގައި ފެނެއެވެ.
28HN3މީގެ އިތުރުން އިޖުރާއީ އަދުލުވެރިކަމަށް ބަލާއިރު، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން، އޭނާއަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމާއި އިދާރީ ތަހުގީގެއް ހިންގުމަކީ މި އިޖުރާއަތުގެ އަސާސެކެވެ. އެހެންނަމަވެސް، ވަޒީފާއަށް ނިކުތުމަށް އެދި ސިޓީ ފޮނުވުން ފިޔަވައި އިސްތިއުނާފު ކުރާ ފަރާތުން އެއްވެސް އިދާރީ ތަހުގީގެއ ކޮށްފައް ނެތުމާއި، އިސްތިއުނާފު ރައްދުވާ ފަރާތަށް ދިފާއުވާން އެކަށީގެންވާ ފުރުސަތެއް ދީފައި ނުވާތީ މި މައްސަލާގައި އިޖުރާއީ އަދުލުވެރިކަން ގާއިމުވެފައިވާކަމުގައި ނުފެނެއެވެ.
29ދެވަނަ އިސްތިއުނާފީ ނުކުތާއަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން މައްސަލަ ނިންމުމުގައި އެކަށީގެން މުއްދަތަކަށްވުރެ ގިނަ މުއްދަތެއް ފާއިތުކުރުމަށްފަހ މައްސަލު ނިންމިއިރު އިސްތިއުނާފު ރައްދުވާ ފަރާތުގެ ވަޒީފާ އަނބުރާ އިޢާދަކުރުމުގެ ބަދަލުގައި އެއްއަހަރު ދުވަހަށްވާ މިންވަރަށް ފައިސާ ނަގައިދިނުމަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން މައްސަލައިގައި ކަނޑައަޅުއްވާފައިވާ އުޞޫލާ ޚިލާފަށްކަމަށް ބަޔާންކޮށްފައިވާ ނުކުތާއެވެ.
30މިކަމުގެ ތަފްސީލުގައި އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްފައިވަނީ، ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅުނު ތާރީޚަކީ، 14 ޖުލައި 2020 ކަމަށާއި، މައްސަލަ ނިންމާފައިވަނީ 26 އޮގަސްޓް 2021 ގައި ކަމަށާއި، ޓްރައިބިއުނަލްއިން މައްސަލަ ނިންމި މުއްދަތާއި ހަމައަށް، އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބެންޖެހޭ އެންމެހާ މުސާރައާއި ޢިނާޔަތްތައް ނަގައި ދިނުމަކީ، އިސްތިއުނާފު ކުރާ ފަރާތަށް ނުހައްޤު މާލީ ބުރައެއް އުފުލަންޖެހުންކަމަށާއި، އެކަމުގެ ސަބަބުން އިސްތިއުނާފު ކުރާ ފަރާތަށް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތް ކުރުމުގެ ހައްޤު ގެއްލިފައވިކަމުގައެވެ. އަދި މީގެ އިތުރުން، އެއީ އިސްތިއުނާފު ރައްދުވާ ފަރާތަށް ނުހައޤް މުއްސަނދިކަމެއް ލިބޭ ގޮތަށް ކަނޑައަޅާފައިވާ ކަނޑައެޅުމެއްކަމުގައ އިސްތިއުނާފި ކުރު ފަރާތުން ބަޔާންކޮށްފައިވެއެވެ.
31HN4ވަޒީފާދޭ ފަރާތުން މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަމުގެ އަސާސްތަކާ މުޅިން ޚލާފަށި މުވައްޒަފަކު ވަކިކުރުމަކީ، މުވައްޒަފުގެ ޤާނޫނީ ހައްޤު ތަކަށް އަރައިގަތުމުގެ ސީރިއަސް އަމަލެކެވެ. އެފަދަ ޙލަތެއްގައާ ނަގައިދޭ މުސާރައާއި ޢިނާޔަތަކީ ހަމައެކަނި "މައްސަލަ ނިމެންދެން ހިނގި މުއްދަތުގެ މުސާރަ" އަށް ބަލައިގެން ދޭ އެއްޗެއްގެ ބަދަލުގައި، ޣައިރު ޤާނޫނކޮށީ ވަކިކުރުމުގެ ސަބަބުން މުވައްޒަފުގެ ދިރިއުޅުމަށް އައި ހުއްޓުމާއި، އަބުރާއި، މާލީ ނުވަތަ ނަފްސާނީ ގޮތުން ކުރިމަތިވި ގެއްލުމުގެ ބަދަލެއް ކަމަށް ބެލެވިދާނެއެވެ.
32HN5މި މައްސަލައަށް ބަލާއިރު، ޓްރައިބިއުނަލުން 1 (އެކެއް) އަހަރުގެ ބަދަލު ކަނޑައެޅިއިރު، މުވައްޒަފު އެހެން ވަޒީފާއަކުން ޢާ މްދަނީ ހޯދަން ފެށި މުއްދަތުން ފެށިގެން، އޭނާއަށް އާ ވަޒީފާއިން ލިބޭ މުސާރަ ނުވަތަ އަސާސީ މުސާރަ އުނިކުރުމަށްފަހު ބާކީ ބައި އިސްތިއުނާފު ކުރާ ފަރާތުގެ އަތުން ނަގައިދިނުމަށް ކަނޑައަޅާފައިވުމުން، އެކަމަކީ، ޣައިރު ޤާ ނޫނީކޮށ ވަކިކުރުމުން މުވައްޒަފަށް ލިބުނު ގެއްލުމުގެ ނަތީޖާއަށް އިންސާފުވެރި ބަދަލެއް ލިބިދޭ ކަމެކެވެ. އަދި ހަމައެހެންމެ، މުވައްޒަފަށް ދެ މުސާރަ ލިބި "ނުހައްގު މުއްސަނދިކަމެއް" އުފެދުން ހުއްޓުވައިދޭ ކަމެކެވެ.
33ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާއިން ބާރުއަޅަނަ "ހަގީގީ ގެއްލުމަށް ބަދަލުދިނުމަށެވެ." މުވައްޒަފު އެހެން ވަޒީފާއަކަށް ދާން ފެށި މުއްދަތުން ފެށިގެން އެ ވަޒީފާގެ އަސާސީ މުސާރަ އުނިކުރުމުން، ޓްރައިބިއުނަލުން ދީފައިވާ 1 (އެކެއް) އަހަރުގެ ބަދަލަކީ ގެއްލުމުގެ ނަތީޖާއާ ބައްދަލު އިންސާފުވެރި ބަދަލެއް ކަމުގައި ދެކެމެވެ.
34އެހެންކަމުން، ޓްރައިބިއުނަލްއިން މައްސަލަ ނިންމުމުގައި ކަނޑައަޅާފައިވާ 1 (އެކެއް) އަހަރުގެ މުސާރައާއި ޢިނާޔާތްތަކަށްވާ ބަދަލުގެ މިންވަރަކީ، މައްސަލަ ދިގުލައިގެން ދިއުމުގެ ސަބަބުން، ދޭންޖެހުނު ނުހައްޤު މާލީ ބުރައެއްކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނާ ބުނުމަކީ، ހަރުދަނާ ޤާ ނޫނީ އަސާސެއްގެ މައްޗަށް ބުނާ ބުނުމެއްކަމުގައި ނުދެކެމެވެ. އެހެނީ މި ނުކުތާގައި އިސްތިއުނާފު ކުރާ ފަރާތުން ޙވާލާދީފައިވަނަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާ އަށް ކަމުގައިވާއިރު، އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ފަދައިން، މި މައްސަލައިގައި ޓްރައިބިއުނަލްއިން ވަނީ، އިސްތިއުނާފު ރައްދުވާ ފަރާތް އެހެން ވަޒީފާއަކަށް ދާންފެށި ތާރީޚަށް ރޢި ޔަތްކޮށް، ދެ މުސާރަ ލިބޭނެ މަގު ބަންދުކޮށްފައެވެ.
35އަދި ހަމައެހެންމެ، މި މައްސަލއިގައަ އިސްތިއުނާފި ރައްދުވު ފަރާތުން ޓްރައިބިއުނަލްއަށް ހުށަހަޅާފައިވާ ވަޒީފާގައި އުޅޭކަމުގެ ލިޔުމަށް ބަލާއިރު، އެ ލިޔުމުގައި ބަޔާންކޮށްފައިވަނީ އޭރު އިސްތިއުނާފު ރައްދުވާ ފަރާތަށް އަސާސީ މުސާރައިގެ ގޮތުގައި އައު ވަޒީފާއިން ލިބެމުންދިޔައީ-/7،500ރ.(ހަތްހާސް ފަސްސަތޭކަ) ރުފިޔާ ކަމުގައެވެ. އޭގެ އިތުރުން އެއްވެސް އެހެން ޢި ނާޔަތެއްގ ގޮތުގައެ އިތުރު އެއްވެސް ފައިސާއެއް ލިބޭކަމަށް އެ ލިޔުމުގައި ބަޔާންކޮށްފައި ނުވާއިރު، އެ ލިޔުމާމެދު އިސްތިއުނާފު ކުރާ ފަރާތުން ޓްރައިބިއުނަލްގައިވެސް އަދި މިކޯޓުގައިވެސް އެއްވެސް ސުވާލެއް އުފައްދާފައި ނުވުމުން، ޓްރައިބިއުނަލްއިން މައްސަލަ ނިންމުމުގައި، އެހެން ވަޒީފާއަކަށްދާން ފެށި ތާރީޚުންފެށިގެން -/7،500ރ. (ހަތްހާސް ފަސްސަތޭކަ) ރުފިޔާ އުނިކުރުމަށް ކަނޑައަޅާފައިވާ ވުމަކީ، ރަނގަޅު ނިންމުމެއް ކަމުގައި ދެކެމެވެ.
36HN6އަދި ހަމައެހެންމެ، މި މައްސަލއިގައަ އިސްތިއުނާފި ރައްދުވު ފަރާތަށް 1 (އެކެއް) އަހަރު ދުވަހުގެ މުސާރައާއި ޢިނާޔަތް ބަދަލުގެ ގޮތުގައި ނަގައިދީފައިވާއިރު، އެކަމުގައި އުފެދި ޤނޫނ ބަހުސަކީ ކޮބައިކަމާއި، އެކަން ރަނގަޅު ނޫންކަމަށް ދެކޭ ސަބަބުތަކަކީ ކޮބައިކަން މި އިސްތިއުނާފުގައި އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްދީފައިނުވުމުން، އިސްތިއުނާފު ކުރާ ފަރާތުގެ މި ނުކުތާގައި ޤާނޫނީ ބުރަދަނެއް އޮތްކަމުގައި ނުފެނެއެވެ. ނިންމަން ފެންނަގޮތް:
37ބަޔާންވެދިޔަ އެންމެހާ ކަންކަ ނ އެފަދައިން ހުރުމުން، އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ރިޢާޔަތްކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމުގައި ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު
38މި މައްސަލައިގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރއުޔަށަ އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމުގެ ރައުޔު
39މި މައްސަލައިގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރއުޔަށަ އަހުރެން ތާއީދުކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
40ޙުކުމް ކުރެވޭ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާ (ޓްރައިބިއުނަލުގެ ނިންމުމުގައި)
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) (އިސްތިއުނާފުގެ މުއްދަތު)
- ސުޕްރީމް ކޯޓުގެ 2018/SC-A/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.