އެސް. ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ފިނޭންސް އަދި މިނިސްޓްރީ އޮފް ޑިފެންސް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 1615/Cv-C/2020
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ބީލަމެއް ބާޠިލުކުރި ސަބަބު ލިޔުމުން ނާންގައި ހުރުމަކީ ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގެ 10.53 (ށ) އާ ޚިލާފު ކަމެއްތޯއާއި، ބިޑު އެވޯޑުކުރުމާ ގުޅޭ ކަމެއްގައި ޤަޟާއީ ފަރުވާއެއް ނުދެވޭނެކަމަށް ސިވިލް ކޯޓުން ނިންމުން ރަނގަޅުތޯ، އަދި ކޯޓުތަކުގެ ޤާނޫނުގެ 46 (ހ) ގެ ދަށުން ދަޢުވާގެ ހުރިހާ ކަމަކަށް ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގެ 10.53 (ށ) (އިޞްލާޙުގެ ކުރިން) ގެ ދަށުން ލާޒިމުކުރަނީ ބީލަން ކާމިޔާބުކުރި ފަރާތަށް ކޮންޓްރެކްޓް ޙަވާލުކުރުމަށްފަހު ކާމިޔާބު ނުވި ފަރާތްތަކަށް ބީލަން ކާމިޔާބު ނުވިކަން އެންގުމެވެ؛ ބީލަން ކާމިޔާބު ނުވި ސަބަބު އަންގަންޖެހެނީ އެފަރާތެއް އެދިއްޖެ ޙާލަތެއްގައެވެ. 06 ޖުލައި 2020 ގެ އިޞްލާޙާއެކު، ކޮންޓްރެކްޓް ޙަވާލުކުރުމުގެ ކުރިން ނަތީޖާ އަންގައި، މައްސަލަ ހުށަހެޅުމަށް 5 ދުވަސް ދީ، އެ މައްސަލަތައް ބެލުމަށްފަހު ކޮންޓްރެކްޓުގައި ސޮއިކުރަން ޖެހެއެވެ؛ ސަބަބު އަންގަންޖެހެނީ އަދިވެސް އެދިއްޖެނަމައެވެ.
HN2 ޤާނޫނަކީ ކުރިއަށް ހިނގާ އެއްޗެކެވެ؛ ޤާނޫނުގައި ސަރީޙަ ބަހުން އިސްތިސްނާކޮށްފައިވާ ޙާލަތެއްގައި މެނުވީ، (ޖިނާއީ އަދަބަށް ދެވޭ ލުއި ފިޔަވައި) ފަހުން ހަދާ ޤާނޫނެއްގެ އަސަރު ނުވަތަ ބުރަ އެ ޤާނޫނު ހެދުމުގެ ކުރިން ހިނގާފައިވާ ޙާދިޘާއެއްގެ މައްޗަށް ނުހިނގާނެއެވެ (ރަޖުޢީކޮށް ޤާނޫނު ނުހިންގުން)؛ އެހެންކަމުން ބިޑު އެވޯޑުކުރުމުގެ މަރުޙަލާ ބަލަންޖެހޭނީ އެ ހިނދު ޢަމަލުކުރަމުންދިޔަ ޤަވާޢިދުގެ މައްޗަށެވެ.
HN3 ބީލަން ބާޠިލުކުރި ސަބަބު އެންގިނަމަވެސް މައްސަލައިގެ ނަތީޖާއަށް ބަދަލެއް ނައާނެނަމަ (ޝަރުޠު ހަމަނުވުމުގެ ސަބަބުން ބީލަން ބާޠިލުކޮށްފައިވާއިރު)، ސަބަބު ނާންގާ ހުރުމަކީ ދަށުކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނޫނެވެ.
HN4 ދަޢުވާއާމެދު ގޮތެއް ކަނޑައެޅުމުގައި ބަލަންޖެހޭނީ ދަޢުވާގެ ޞީޣާއާއި ދަޢުވާކުރާ ފަރާތުން އެދޭ ގޮތަށެވެ؛ އެތެރޭގެ ޙައްލު ހޯދުމުގައިވެސް ދަޢުވާގައިވެސް ބިޑު އެވޯޑުކުރުމާ ގުޅޭ ޚުޞޫމާތެއް ފާހަގަކޮށްފައި ނުވާނަމަ، އެ މަރުޙަލާގެ ކަމެއްގައި ޤަޟާއީ ފަރުވާއެއް ނުދެވޭނެކަމަށް ދަށުކޯޓުން ނިންމުމަކީ ގޯސް ނިންމުމެއް ނޫނެވެ.
HN5 ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ހ) ގެ ދަށުން ހައިކޯޓުން އަމިއްލައަށް މައްސަލަ ނިންމަނީ ދަށުކޯޓުން ކަންހިނގާފައިވާ ގޮތް ފުރިހަމައަށް އަދި ޞައްޙަކޮށް ކަށަވަރުކޮށްދީފައިވާ ޙާލަތުގައި ޢަމަލުކުރަންޖެހޭ އުޞޫލު ކަނޑައަޅައިގެންނެވެ؛ ދަޢުވާގައި ހުށަހެޅި ކަންކަމަށް ދަށުކޯޓުން ގޮތެއް ކަނޑައަޅާފައިވާނަމަ، ދަޢުވާގެ ހުރިހާ ކަމަކަށް ހައިކޯޓުން އަލުން ގޮތެއް ކަނޑައަޅަންޖެހޭ ސަބަބެއް ނެތެވެ.
HN6 ބީލަމެއް ބާޠިލުވީ އިވެލުއޭޝަން މަރުޙަލާގައި ނޫން ނަމަ، ބީލަން ހުޅުވުމަށްފަހު ފާސްކުރި އުޞޫލެއް އިވެލުއޭޝަން މަރުޙަލާގައި ތަޠުބީޤުކުރިކަން ސާބިތުނުވާއިރު، އެ އުޞޫލު އިވެލުއޭޝަން މަރުޙަލާގައި ތަޠުބީޤު ނުކުރެވޭނެކަމަށް ކޯޓުން ކަނޑައަޅަން ނުޖެހެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސައިން ޝަހީދު، ޙުސައިން މަޒީދު، މުޙައްމަދު ސަލީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން ޝަހީދު · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1މިއީ، ސިވިލް ކޯޓުގ ނަންބަރ 1615/Cv-C/2020 ޤަޟިއްޔާ އ ކޯޓުން ނިންމާފައިވަނީ، ޝަރުޢީ އަދ ޤާނޫނީ އުޞޫލް ތ ކ ޚިލާފަށްކަމަށބުނެ އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް )ރަޖިސްޓްރީ ނަންބަރު: C-0357/1996 (ގެ ފަރާތުން އ މައްސަލަ އިސްތިއުނާފ ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
2މި ޤަޟިއްޔާ ގައީ އިސްތިއުނާފި ރައްދުވު ފަރތަކ މިނިސްޓްރީ އޮފް ފިނޭންސް )ދައުލަތް( އާއި މިނިސްޓްރީ އޮފް ޑިފެންސް )ދައުލަތް(އެވެ. މައްސަލައިގެ ފަސްފަހަތް:
3މިނިސްޓްރީ އޮފް ފިނޭންސގް ނަންބަރު -K/13/2019/322(IUL)13 އ ޢިލާނ ނުބިޑު ހުށަހެޅުމަށް އ ޢިލާނ ކުރިއެވެ. މި ބިޑަކީދިވެހި ސަރުކާރަށް އިންޑިޔާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން މިނިސްޓްރީ އޮފް ޑިފެންސްގެ އއްޢިމާރތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށާހުޅުވާލެވުނު ބޑި ކެވެ.
4މިއއުލާނާ ގުޅިގެނި 27 ޖަނަވަރީ 2020 ވަނަ ދުވަހު އެސް.ޖޭ ކޮންސްޓްރަކްޝަންޕްރައިވެޓ ލިމިޓެޑް އިނ ބިޑު ހުށަހަޅާފައިވެއެވެ.
501 އޭޕްރީލް 2020 ވަން ދުވަހު "ނޭޝަނަލް ޓެންޑަރ ބޯޑު މެދުވެރިކޮށް ޢިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑު ކުރުމުގައި ޢަމަލުކުރާނެ އުޞޫލު" ކިޔާ އުޞޫލެއް އާންމުކުރިއެވެ. މި އެ ޞލުގ 5 ވަނަ މާއްދާ ގައިވާގޮތުން ޢިމާރާތްކުރުމުގެ މަސައްކަތްތައް ޙަވާލުކުރުމުގައި ބިޑެއް ހުށަހެޅޭ ތާރީޚުގައި ސަރުކާރުން ޙަވާލުކޮށފައިވ 8 )އަށެއް( އިމާރާތްކުރުމުގެ ޕްރޮޖެކްޓް ނުވަތަ 300,000,000/- )ތިންސަތޭކަ މިލިއަން އިއުލާން ނަންބަރު K/13/2020/62-(IUL)13 ނޭޝަނަލް ޓެންޑަރ ބޯޑު މެދުވެރިކޮށް ޢިމާރާތްކުރުމުގެ މަސައްކަތްތައް އެވޮޑް ކުރުމުގައި ޢަމަލުކުރާނެ ދިވެހި ރ ފިޔާ( ގެ އަގުގެ ޢިމާރާތްކުރުމުގެ ޕަ ރޮޖެކްޓް ގެންގުޅޭ ފަރާތްތަކަށް އެ ޕްރޮޖެކްޓްތަކުގެ ސެޓްފިކެޓް އޮފް ކޮމްޕްލީޝަން ލިބުމުގެ ކުރިން އިތުރު ޕްރޮޖެކްޓެއް ޙަވާލު ނުކުރެވޭނެއެވެ.
6އިސްވެ ބަޔާންކުރެވުނު އޞު ލަށް ރިޢާޔަތކޮށ 27 ޖަނަވަރީ 2020 ވަނަ ދުވަހު އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އިން ހުށަހަޅާފައިވާ ބިޑު ނޭޝަނަލް ޓެންޑަރ ބޯޑުން ބާޠިލުކޮށްފައިވެއެވެ.
7މިނިސްޓްރީ އޮފް ފިނޭންސގް ނަންބަރު -K/13/2019/322(IUL)13 އ ޢީލާންގައިވާ ބިޑު އިވެލުއޭޓުކޮށ އެވޯޑުކުރުމުގައި ރިޢާޔަތްކުރަންވާނުބިޑު ކަރުދާހުގައި ޝަރުޠތައ ކަމަށް ބަޔާންކޮށް، 27 ޖަނަވަރީ 2020 ވަން ދުވަހު ހުށަހެޅުނު ބިޑތަކެއްގެ މައްޗަށު 01 އޭޕްރީލް 2020 ވަނަ ދުވަހު ޢާންމުކުރާ އީ ޞު ލެއް ހިންގުމަކީ ރަޖުޢީކށ ޤާނޫން ހިންގުންކަމަށްބުނެ،އެ ސ.ޖޭ ކޮންސްޓްރަކްޝަނުޕްރައިވެޓް ލިމިޓެޑް ގެ ބިޑުބީ ޠިލާކުރުމަކ ޤާނޫނާއި ޤަވެ އިދައި ޚިލާފުކަމެއްކަމަށް ބުނެ، އެކަމުގެ ޝަކުވާ މިނިސްޓްރީ އޮފް ފިނޭންސް އަދި ބީލަމުގެ މައްސަލަތައް ބަލއެ މުސްތަޤިއްލު ރިވިއު ކޮމެޓީއަށް ހުށަހެޅިއެވެ. އެ ދެ އިދާރައިންވެސް ނޭޝަނަލޓްންޑަރ ބޑުގްނިންމުން ދަމަހައްޓފައިވާތީ، އެސް.ޖޭ ކޮންސްޓްރަކްޝަނާ ޕްރައިވެޓް ލިމިޓެޑާ ގެ ބިޑު ބާޠިލުކޮށްފައިވަން ޤާނޫނއާ ޤަވާއިދާއި ޚިލާފަށްކަމަށް ކަނޑައަޅައި، އެ ނިންމުމުގެ މައްޗަށް ތަރުތީބުވެގެން އައިސްފައިވާ އެންމެހާ ކަންކަމަކީ ބާޠިލު ކަންތައްތަކެއްކަމަށް ކަނޑައަޅައި، އެސް.ޖޭ ކޮންސްޓަރަކްޝަނިޕްރައިވެޓް ލިމިޓެޑް ގެ ބަޑ ހިމަނާ އ ގެން ޤާނޫނާއި ޤަވް ޢް ދާ އެއްގޮތަށް ބިޑު އިވެލުއޭޓުކޮށް އެވޯޑުކުރުމުގެ އެންމެހާ ކަންތައްތައް ކުރުމަށް މިނިސްޓްރީ އޮފް ފިނޭންސްއާއި މިނިސްޓްރީ އޮފް ޑިފެންސްއަށ ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށ ދަޢުވާކޮށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ
8އިސްތިއުނާފު މިކުރެވޭސިވިލް ކޯޓުގެ ނަންބަރ 1615/Cv-C/2020 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު: -K/13/2019/322(IUL)13 އިޢުލާން މެދުވެރިކޮށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ދީފައިވަނިކޮށް، އަދި އެ ދަޢުވަތަށް އިޖާބަދީ ބީލަން ހުށަހަޅާފައިވާ ފަރާތްތަކުގެ ބީލަންތައް އިވެލުއޭޓު ކުރާނެގޮތް ބިޑު ޑޮކިއުމަންޓްގައި ކަނޑައެޅިފައިވަނިކޮށް، އ ޑޮކިއުމަންޓްގައި ނެތް އަދި ބީލަންތައް ހުޅުވނު ތާރީޚަށްފަހު ފާސްކޮށްފައިވާ އުޞޫލަކަށް ރިޢާޔަތްކޮށް، ދަޢވާކުރު ފަރާތުގާ ބީލަން ބާޠިލުކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި، އެ ނިންމުމާއި އެ ނިންމުމުގެ މައްޗަށް ތަރުތީބުވެގެން އައިސްފައިވާ އެންމެހާ ނިންމުންތަކަކީ ބާޠިލު ނިންމުންތަކެއކަމަށ ކަނޑައަޅައިދިނުމަށާއި، ދަޢުވާކުރާ ފަރާތުގެ ބީލަމަކީ ބާޠިލު ބީލަމެއް ނޫންކަމަށް ކަނޑައަޅައިދިނުމަށާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ރިޢާޔަތްކުރަންވާނީ ހަމައެކަނި ދަޢުވަތާއި ބިޑު ޑޮކިއުމަންޓްގައިވާ އުޞޫލުތަކަށް ކަމަށާއި، ދަޢުވާކުރާ ފަރާތުގެ ބީލަން ވެސް ހިމަނައިގެން ބީލަންތައް އިވެލުއޭޓް ކުރުމަށު މިނިސްޓްރީ އޮފް ފިނޭންސްއަށާއި ޓެންޑަރ ބޯޑުގެ މައްޗަށް އަންގައި އަމުރުކޮށްދިނުމަށް އެދި، އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މިނިސްޓްރީ އޮފް ފިނޭންސްއާއި މިނިސްޓްރީ އޮފް ޑިފެންސްއަށް ރައދުވާގޮތަށ ދިވެހި ދައުލަތުގެ މައްޗަށް ދަޢުވާކޮށް ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެން އޮވެއެވެ.
ސިވިލް ކޯޓުން ނިންމގޮތި
9ސިވިލް ކޯޓުގެ ނަންބަރ: 1615/Cv-C/2020 ޤަޟިއްޔާ ނިންމަވާފައިވަނީ؛ "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް ބަލާއިރު، ބީލަންތައް އިވެލުއޭޓް ކުރާނެގޮތް ބިޑް ޑޮކިއުމަންޓްގައި ކަނޑައެޅިފައިވަނިކޮށް، އެ ޑޮކިއުމަންޓްގައި ނެތް އަދި ބީލަން ހުޅުވުނު ތާރީޚަށްފަހު ފާސްކޮށްފައިވާ ނަންބަރ -K/13/2020/62(IUL)13 )01 އޭޕްރީލް 2020( "ނޭޝަނަލް ޓެންޑަރ ބޯޑު މެދުވެރިކޮށް ޢިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" އާއި ޙަވާލާދީ، ދަޢުވާކުރާ ފަރާތުގެ ބީލަން ބާޠިލުކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި، އެ ނިންމުމާއި އެ ނިންމުމުގެ މ އްޗަށް ތަރުތީބުވެފައިވާ އެންމެހައި ނިންމުންތައް ބާޠިލުކަމަށާއި، ދަޢވާކުރު ފަރާތުގާ ބީލަމަކީ ބާޠިލު ބީލަމެއް ނޫންކަމާއި، އަދި އެ ބީލަންވެސ ހިމަނައިގެން އިވެލުއޭޓް ކުރުމަށް އެދިގެން މިނިސްޓްރީ އޮފް ފިނޭންސް އަދި މިނިސްޓްރީ އޮފް ޑިފެންސްގެ މައްޗަށް އެސް.ޖ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި މިދަޢުވާ ބެލިއިރު؛ ނަންބަރު -K/13/2019/322(IUL)13 އަޢުލާނ ގުޅިގެނާ ހުށަހެޅިފައިވާ ބީލަންތައް އިވެލުއޭޓް ކުރުމުގައި ދައުވަތާއި ބިޑް ޑޮކިއުމަންޓްގައިވާ އުޞޫލުތައް ފިޔިވާ އެހެން މިންގަނޑެއް އިވެލުއޭޓް ކރުމުގައު ބޭނުންކޮށްފައިވާކަން އެނގެން ނެތްކަމަށާއި، ދަޢުވާކުރާ ފަރާތުގެ ބީލަން ބާޠިލުވެފައިވަނީ އިވެލުއޭޓް ކުރުމުގެ މަރްޙަލާގައި ނޫންކަމާއި، ބީލަން އެވޯޑު ކޮށްފައިނުވަނީ ބިޑް އެވޯޑް ކުރުމުގައި ޝަރުޠު ހަމަނުވާތީކަން ހުށަހެޅިފައިވާ ލިޔުންތަކުން އެގެން އޮންނައިރު، މިދަޢުވާއަކީ ބިޑް އެވޯޑް ކުރުމުގެ މަރްޙަލާގެ ނިންމުންތައް ތައުނުކުރުމަށ ހުށަހެޅުން ދަޢުވާއެއް ނޫންކަމަށާއި، ބީލަންތައ އިވެލުއޭޓް ކުރުމުގައި "ނޭޝަނަލް ޓެންޑަރ ބޯޑު މެދުވެރިކޮށް ޢިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑުކުރުމުގައި ޢަމަލުކުރާނެ ގޮތް ގެ އުޞޫލު" އަށް ނޭޝަނަލް ޓެންޑަރ ބޯޑުންނާއި މިނިސްޓްރީ އޮފް ފިނޭންސް އިން އަދި ބީލަމުގެ މައްސަލަ އަލުނ ބަލް މުސްތަޤިއްލު ރިވިއު ކޮމެޓީއިނ ރިޢާޔަތް ކޮށްފައިވާކަން އެނގެން ނެތުމުން، ބީލަން ބާޠިލުކުރުމަށް ނޭޝަނަލް ޓެންޑަރ ބޯޑުން ނިންމާފައިވާ ނިންމުމާއި، އެން ންމުނ ދެމެހެއްޓުމަށް މިނިސްޓްރީ އޮފް ފިނޭންސްގެ އަދި ބީލަމުގެ މައްސަލަތައް އަލުނ ބަލް މުސްތަޤިއްލު ރިވިއު ކޮމެޓީއިން ނިންމާފައިވާ ނިންމުންތަކާއި، އަދި އެނިންމުންތަކުގެ މައްޗަށް ތަރުތީބުވެގެން އައިސްފައިވާ އެންމެހާ ޢަމަލުތަކަކީ ބާޠިލު ޢަމަލުތަކެއްކަމުގައ ކަނޑައަޅައިދެވެން ނެތްކަމަށާއި، ދަޢުވާކުރާ ފަރާތުން އެދިފައިވާ ފަދައިން ދަޢުވާކުރާ ފަރާތުގެ ބީލަން ހިމަނައިގެން، ބީލަން ބީލަންތައް އިވެލުއޭޓްކޮށް ބިޑް އެވޯޑް ކުރުމަށް ނޭޝަނަލް ޓެންޑަރ ބޯޑާއި މިނިސްޓްރީ އޮފް ފިނޭންސްގެ މައްޗަށް އަންގައި އަމުރުކުރާނެ ތިނެއ ނެތްކަމަށް ކަނޑައަޅައި، މިޤަޟިއްޔާ ނިންމީއެވެ." މިފަދައިންނެވެ.
އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް
10ސިވިލް ކޯޓުގެ ނަންބަރ 1615/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފޭ ކުރުމަށް އެދި އެސް.ޖ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑގް ފަރާތުނ 04 )ހަތަރެއް( ނުކުތާ ހުށަހަޅައި އާ ނުކުތާ ތަކާބެހޭގޮތުނ ދިވެހިރާއްޖޭގ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެ ނުކުތތަކކީ؛
10.1- މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު: -K/13/2019/322(IUL)13 އިޢުލާނާއި ގުޅިގެން، އެސް.ޖޭ ކޮންސްޓްރަކީ ޝަން ޕްރައިވެޓް ލިމިޓެޑް )މީގެ ފަހުން "އެސް.ޖޭ"( އިން ހުށަހަޅާފައިވާ ބީލަން )މީގެ ފަހުން "އެސް.ޖޭގެ ބީލަން"( ބާޠިލުކުރުމަށް ނޭޝަނަލް ޓެންޑަރ ބޯޑުން ނިންމި ނިންމުން ތަޢުނުކޮށް، އިދާރީ ފަރުވާ (administrative remedies) ނުވަތަ އެތެރޭގެ ޙައްލު s)remedie (internal ހޯދުމުގައި، ވަކް ނުކުތާއެއް ވަކި ބަހުރުވައަކުން ފާހަގަކޮށްފައި ނުވާކަމަށް ސިވިލް ކޯޓުން ނިންމިއިރު، ނޭޝަނަލް ޓެންޑަރ ބޯޑުގެ ނިންމުން އެސް.ޖޭއިން ތަޢުނުކުރަންޖެހުނީ އެ ނިންމުން ނިންމި ސަބަބު ނޭޝަނަލް ޓެންޑަރ ބޯޑް އިނ ދައުލަތުގެ މާލިއްޔަތު ޤަވާޢިދާއި ޚިލަފަށް އެސް.ޖޭއަށ ލިޔުމުން އަންގާފައިނުވާ ޙާލަތުގައިކަމަށް އެނގެން އޮތްއިރު، އެކަމަށް ސިވިލް ކޯޓުން އެއްވެސް މިންވަރަކަށް ރިޢާޔަތްކޮށްފައިނުވާކން؛
10.2- ނޭޝަނަލް ޓެންޑަރ ބޯޑް އިން އެސް.ޖޭގެ ބީލަން ބާޠިލުކުރި ކުރުން، އެސް.ޖޭގެ ފަރާތުން ޕްރޮކިއުމަންޓް އޮފިސް ރަށް އަދި އޭގެ ފަހުން ބީލަމުގެ މައްސަލަ އަލުން ބަލައި ރިވިއު ކޮމިޓީއަށް ހުށަހަޅާފައިވީހިނދު، އ ހުށަހެޅުންތަކުގައި ބިޑް އެވޯޑް ކުރުމާގުޅޭ ގޮތުން ޚިލާފެއް އޮވެގެން ކަމެއް ހުށަހަޅާފައި ނެތަތީވެ، ސިވިލ ކޯޓުގެ ނަންބަރު: 1615/Cv-C/2020 ޤަޟިއްޔާ ނިންމުމުގައި އެ ވޯޑިންގއާ ބެހޭ ކަމެއްގައި ޤަޟާއީ ފަރުވާއެއް ދެވެން ނެތްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ އެސް.ޖޭގެ ފަރާތުން އެތެރޭގެ ޙައްލު ހޯދުމުގައި ހުށަހަޅާފައިވާ ޝަކުވާތަކަކީ އެފަރާތުގެ ބިޑް ބާޠިލުކުރުމާއި ހަމައަށް ހިނގާފައިވާ އެންމެހާ ކަންކަމާއި ގުޅޭ ފުޅާ މައުޟްޢުގެ މައްޗަށް ހުށަހަޅާފައިވާ ޝަކުވާއެއްކަމަށްވީހިނދު، ސިވިލް ކޯޓުން މި ނުކުތާއާމެދުގޮތެއ ކަނޑައަޅާފައިވަނީ ހުށަހެޅިފައިވާ ހެކިތަކަށް ފުރިހަމައަށް ރިޢާޔަތްކުރުމެއް ނެތިކަމުން، ސިވިލް ކޯޓުގެ ނިންމުން ނިންމާފައިވަނީ ޤާނޫނު ނަންބަރު: 2010/13 )ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު(ގ 5 ވަނަ މާއްދާގެ )ށ(ގެ )1( އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2014/HC-A/92 ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޤާއިމުކޮށްފައިވާ އުޞޫލާއި ޚިލާފަށްކަން؛
10.3- ސިވިލް ކޯޓުގެ ނަންބަރު: 1615/Cv-C/2020 ޤަޟިއްޔާގައި، އެސް.ޖޭގެ ބީލަން ބާޠިލުކުރުމާއި ގުޅިގެން އެވޯޑިންގ މަރުޙަލާގައި ހިނގާފައިވާ ކަންކަމާއި ގުޅޭގޮތުން، ގޮތެއް ކަނޑައަޅާފައިނުވާ އެއް ސަބަބަކީ އެސް.ޖޭގެ ދަޢުވާގައި އެފަދަ ފަރުވާއަކަށް އެދިފައިނުވާތީ ކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖް ގ ސުޕްރީމް ކޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުންތަކާއި ޚިލާފަށް، އަދި އެސް.ޖޭގެ ދަޢުވާގައި ކަނޑައެޅިގެން އެވޯޑިންގ މަރުޙަލާގައި ހިންގާފައިވާ ކަންކަމާއި ގުޅިގެން ޤަޟާއީ ފަރުވާއެއް ހޯދަން އެދި ހުށަހަޅާފައިވަނިކޮށ ކަމުނަ،ސިވިލ ކޯޓުގް ނިންމުން ނިންމާފައިވަނީ ހައިކޯޓުގެ ނަންބަރު: 2010/HC-A/47 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ގެ )ނ( ގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ )ހ(އާއި ޚިލާފަށްކަ ން؛
10.4- ސިވިލް ކޯޓުގެ ނަންބަރު: 1615/Cv-C/2020 ޤަޟިއްޔާގައި، އެސް.ޖޭގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާ ފޯމާއި އެންމެހާ ބަޔާންތަކާއި ހެކިތަކާމެދު ދައުލަތުން ހުށަހަޅަން ބޭނުންވާ ބަހުޘްތަކާއި ފާހަގަކުރަނީ ބޭނުންވާ ކަންކަނާ ފާހަގަކޮށްފައިވުމުންނާއި، މައްސަލާގައި އެސް.ޖޭ އިންނާއި ދައުލަތުން ހުށަހަޅަން ބޭނުނވް އެންމެހާ ހެކިތަކެއް ހުށަހަޅާފައިވާތީ، ޤާނޫނު ނަންބަރު: 2010/22 )ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު(ގެ 46 ވާނަ މާއްދާގަ )ހ(ގެ ދަށުން ދަށު ކޯޓުގައި އެސް.ޖޭގެ ފަރާތުން ކޮށްފައިވާ ދަޢުވާ އާ އ ހުށަހަޅާފައިވި އެންމެހާ ކަންކަމަށް ގޮތެއް ކަނޑައަޅައިދިނުމަށް އެދނ؛ ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް.
11ސިވިލް ކޯޓުގެ ނަންބަރު: 1615/Cv-C/2020 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އ ޤަޟިއްޔާ އިސްތިއުނާފި ކުރާ ފަރާތުނު ހުށަހަޅާފައިވް ނުކުތާތަކަށާއި، އެ ނުކުތާތަކާ ގުޅިގެން މައްސަލައިގައ ހިމެނި ފަރާތްތަކުނ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
12އިސްތިއުނާފުކުރާ ފަރުތުންނާއި އިސްތިއުނާ ފ ރައްދުވާފަރާތުން ދައްކާފައިވާ ވާހަކަތަކަށއ، ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު، މި މައްސަލާގައި މި ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭނީ އަންނަނިވި ކަންކަމާމެދުގައެވެ. )ހ( ފީރަތަމ ކަމަކީ، އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ބީލަން، ބިޑު އެވޯޑުކުރުމުގައި ބައިވެރިކޮށްފައިނުވާ ސަބަބު ލިޔުމުން އިސްތިއުނާފުކުރާ ފަރާތަށް އަންގާފައިނުވަނީ ދައުލަތުގެ މާލިއްޔަތެ ޤަވާޢދުގ 10.53 ގެ )ށ( އާ ޚިލާފަށްތޯ؟ )ށ( ދެވަނަ ކަމަކީ، ނޭޝަނަލް ޓެންޑަރ ބޯޑް އިން އެސް.ޖޭގެ ބީލަން ބާޠިލުކުރި ކުރުން، އެސް.ޖޭގަފަރާތުނ ޕްރޮކިއުމަންޓ އޮފިސަރަށް އަދި އޭގެފަހުން ބީލަމުގެ މައްސަލަ އަލުން ބަލއްރިވިއު ކޮމިޓީއަށް ހުށަހަޅާފައިވީހިނދު، އެ ހުށަހެޅުން ތަކުގައި ބިޑު އެވޯޑް ކުރުމާގުޅޭ ގޮތުން ޚިލާފެއް އޮވެގެން ކަމެއް ހުށަހަޅާފައި ނެތަތީވެ، ސިވިލް ކޯޓުގެ ނަންބަރު: 1615/Cv-C/2020 ޤަޟިއްޔާ ނިންމުމުގައިއެވޯޑިންގއާ ބެހޭ ކަމެއްގައި ޤަޟާއީ ފަރުވާއެއް ދެވެން ނެތްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށްތޯ ނުވަތަ ނޫންތް އާއި އަދި ސިވިލް ކޯޓުގައި އެސް.ޖޭގެ ފަރާތުން ކޮށްފައިވާ ދަޢުވާގައި ހުށަހަޅާފައިވާ އެންމެހާ ކަންކަމަށް މިކޯޓުނ ގޮތެއް ކަނޑައެޅިދާނެތޯ؟ ބިޑު އެވޯޑުކުރުމުގައި ބައިވެރިކޮށްފައިނުވ ސަބަބާ ލިޔުމުން އިސްތިއުނާފުކުރާ ފަރާތަށް އަންގާފައިނުވަނީ ދައުލަތުގެ މާލިއްޔތުގަ ޤަވާޢދުގި 10.53 ގެ )ށ( އާ ޚިލާފަށްތޯ؟
13އިސްތިއުނާފުކުރާ ފަރާތުން މި ނުކުތާގައި ފާހަގަކޮށްފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ބީލަން ބާޠިލކުރިކަނ އެފަރާތަށް ނޭޝަނަލް ޓެންޑަރ ބޯޑުން ލިޔުމުން އަންގާފައި ނުވާއިރު، އެ ނިންމުނު ނިންމި ސަބަބް އެއްވެސްގޮތަކަށުތަފްޞީލް ކޮށް އިސްތިއުނާފުކުރާ ފަރާތަށް އަންގާފައި ނުވާކަމަށެވެ.
14HN1ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގެ 10.53 ވަނަ މާއްދާއަކީ ބީލަން ހޮވުނު ފަރާތް ޝާއިޢުކުރުމާއި، ޕްރޮކިއުމަންޓުގައ ބައިވެރިވި ބީލަންވެރިންނަށް މަޢުލޫމާތު ދިނުމަށް އޮތް މާއްދާއެކީ ވެ. މި މާއްދާގެ )ށ( ގައި ބަޔާންކޮށްފައިވަނ "ބީލަން ކާމިޔާބު ކުރި ފަރާތަށް ކޮންޓްރެކްޓް ޙަވާލުކުރުމަށްފަހު، ކާމިޔާބު ނުވި ފަރާތްތަކަށް އެ ބީލަން ކާމިޔާބުނުވިކަން އަންގަން ވާނެއެވެ. އަދި ބީލަން ކާމިޔާބުނުވި ފަރާތަކުން އެދިއްޖެ ހިނދެއްގައި އެފަރާތެއްގެ ބަލަނީ ކާމިޔާބްނުވި ސަބަބަބު އަންގައިދޭނ ވާނެއެވެ." މިފަދައިންނެވެ.
15އިސްވާ ދެންނެވުނު މާއްދާއަށް ބަލާއިރު، އެ މާއްދާއިން އަސާސީ ގޮތެއްގައި ލާޒިމިކުރަނީ ބީލަން ކ މޔާބ ނުވާ ފަރާތް ތަކަށ އެފަރާތްތަކުގެ ބީލަން ކާމިޔާބުނުވާކަން އެންގުމެވެ. އަދި ބީލަން ކ މޔާބ ނުވާ ސަބަބު އަންގަންޖެހެނީ، އެކު މޔާބ ނުވި ފަރާތެއް އެދެފި ޙާލަތެއްގައިކަން އެނގެއެވެ.
16ދައުލަތުގެ މާލިއްޔަތުޤަވާޢދުގ 10.53 ވަނަ މާއްދާއަކީ ބީލަން ހޮވުނު ފަރާތް ޝާއިޢުކުރުމާއި، ޕްރޮކިއުމަންޓުގައ ބައިވެރިވި ބީލަންވެރިންނަށް މަޢުލޫމާތު ދިނުމަށް އޮތް މާއްދާއެކެވެ. މި މާއްދާގެ)ށ( އަންނަނިވި ގޮތަށް 06 ޖުލައި 2020 ގައި އަޞްލާޙި ކުރެވިފެއ ވެއެވެ. " ބީލަން ކާމިޔާބުކުރި ފަރާތަށް ކޮނަޓްރެކްޓްޙވާލުކުރުމުގެ ކުރިން،ބީލަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށާ،އެ ބީލަން ކމިޔާބުކުރީ ކޮން ފަރާތެއްކަމާއެ،ކާމިޔާބު ނުވާ ފަރާތްތަކަކީ ކޮބައިކަން އަންގަންވާނެއެވެ. މިގޮތުން އަންގާ އެންގުމާ ވިދިގެން ބީލަން ކާމިޔާބު ނުވި ފަރާތްތަކަށް 5 )ފަހެއް( ދުވަހުގެ މުއްދަތެއް، ބީލަމާ ގުޅުންހުރި މައްސެލަ ހުށަހެޅުމަށަ ދޭންވާނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި މައްސަލަ ހުށަހަޅާ ފަރާތުން އެދިއްޖެ ހިނދެއްގައި ބީލަން ކާމިޔާބު ނ ވ ސަބަބު އަންގައިދޭނ ވާނެއެވެ . ބީލަން ކާމިޔާބުކުރި ފަރާތާއެކު ކޮންޓްރެކްޓުގައި ސޮއިކުރަންވާނީ، ބީލަން ކާމިޔާބު ނުވި ފަރާތްތަކުން މި މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގައި ހުށަހަޅާ މައްސަލަތައް ބަލައަ،ކ ރ ސުވާލުތެކަށް ޖަވާބު ދިނުމަށްފަހުގައެވ". މިފަދައިންނެވެ.
17އިސްވާ ދެންނެވުނު މާއްދާއަށް ބަލާއިރު، އެ މާއްދާއިން އަސާސީ ގޮތެއްގައި ލާޒިމިކުރަނީ ބީލަން ކ މޔާބ ނުވާ ފަރާތް ތަކަށ އެފަރާތްތަކުގެ ބީލަން ކާމިޔާބުނުވާކނަ ކޮންޓްރެކްޓުޙ ވާލުކުރުމުގެ ކުރިއަށް އެންގުމެވެ. އަދި މިގޮތަށް އެންގުމަށްފަހު ބީލާން ކާމިޔާބު ނުވި ފަރާތްތަކަށް ބީލަމާ ގުޅް ނ ހުރް މައްސަލި ހުށަހު ޅުމަށ
05 )ފަހެއް( ދުވަހުގެ މުއްދަތުދިނުމަށެވެ. ބީލަން ކާމިޔާބު ކުރި ފަރާތާއެކު ކޮންޓްރެކްޓުގައި ސޮއިކުރަންވާނީ، ބީލަން ކާމިޔާބު ނުވި ފަރާތްތަކުން މި މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގައި ހުށަހަޅާ މައްސަލަތައް ބަލާ، ކުރާސުވާލުތަކަށް ޖަވާބްދިނުމަށފަހުކަމަށ ވެސް މި މާއްދާގައި ބަޔާންކުރެއެވެ.އަދި މީގެއިތުރުން ވެސް، ބީލަން ކުމޔާބިނުވި ސަބަބު އަންގަންޖެހެނީ، އެކާ މޔާބ ނުވި ފަރާތެއް އެދެފި ޙާލަތެއްގައިކަން މި މާއްދާއަށި ބެލުމުން އެނގެއެވެ.
18HN2ޤާނޫނަކީ ޤާނޫނު އެކުލަވާލި ދުވަހުން ފެށިގެން ކުރިއަށް ހިނގާ އެއްޗެކެވެ.ޤާނޫނުގައި އެ ޤާނޫނަކީ ކުރިއަށް ހިނގާނެ އެއްޗެއްކަމަށް ބަޔާންކޮށްފައްނެތްނަމަ، ޤާނޫނުގެ ތާރީޚުގެ ކުރިން ހިނގާފައިވާ ކަމަކަ ށ ހިނގާނެ އެއްޗަކަށް އެ ޤާނޫނު ނުވުމަކީ ޤާނޫނު މާނަކުރުމުގައި ޤަބޫލު ކުރެވެން އޮންނަ ހަމައެކެވެ. ހަމައެގޮތަށ ޤާނޫނެއް ހިނގަން ފަށާނީ ވަކި ދުވަހަކުން ކަމަށް ބަޔާންކޮށްފައިވާނަމ، އެ ޤާނޫނެއް ހިނގަންފަށާނީ، އެދުވަހުގެ ކުރީދުވަސް ނިމޭ ހިސާބުންކަން މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނަށް ބެލުމުން އެނގެއެވެ. މީގެ އިތުރުން ޤާނޫނުގައި ސަރީޙަ ބަހުން އިސްތިސްނާކޮށްފައިވާ ޙާލަތެއްގައި މެނުވީ ފަހުން ވުޖޫދުވާ ޤާނޫނެއްގެ މަންފާ ނުވަތަ އެއިގެ ބުރަ ދައުލަތަށް އަދ ފަރުދަކަށް ނުވަތް އެހެން ފަރާތަކަށް ލިބިގެން ނުވާނެކަމަށާއި ނުވަތަ އުފުލަން ނުޖެހޭކަމަށާއި، ވަކި ޙާލަތެއްގައި ޖިނާއީ އަދަބަކަށް ދެވޭ ލުއިގެ މަންފާ ފިޔަވައި،ފަހުން ހަދާ ޤާނޫނެއްގެ އަސަރު ނުވަތަ އެއިގެ ބުރަ، އެ ޤާނޫނު ހެދުމުގެ ކުރިން ހިނގާފައިވާ ޙާދިސާއެއްގެ މައްޗަށ ނުހިނގުމަކީ (retrospective application of law) ޢާއްމު އ ޞުލެއްކަނ ސާފުވާކަމަށާއީ، އަދި މއ ޤާނޫނު ނަންބަރު 2011/4 )މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު( ގެ 12 ވަނަ މާއްދާގެ )ބ( ބުނެވުނު ޤާނޫނުގެ 18 ވަނަ މާއްދާ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޤާނޫނީ ނިޒާމުތަކުގައިވެސް އިސްތިޤްރާރުވެފައިވާ އުޞުލެއްކަމަށާއ މިއް ޞްލަށ ދިވެހިރާއްޖޭގެ ޖުމހޫރިއްޔާގ ޤާނޫނުއަސާސީގެ 19 ވަނަ މާއްދާއިން އިތުރު ބާރުވެރިކަމެއް ދޭކަމެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2014/SC-A/41 ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.
19އިސްތިއުނާފު ކުރެވިފައި މިވާ މައްސަލައަށް ބަލާއިރު، މި މައްސަލާގައި ހިމެނޭ ބީލަން ކާމިޔާބުވި ފަރާތްކަމުގައިވ ރެއިންބޯ ކޮންސްޓްރަކްޝަންއަށ ބިޑު އެވޯޑުކޮށްފައިވަނީ 06 ޖޫން 2020 ގެ ތާރީޚުގައެވެ. މި ތާރީޚުގައި ބިޑު އެވޯޑް ކުރުމަށްފަހު، ބީލަން ކާމިޔާބު ނުވި ފަރާތްތަކަށް އެ ބީލަން ކާމިޔާބުނުވިކަން އަންގާފައި ނުވަނީސް، 07 ޖުލައި 2020 ގެ ތާރީޚުގައި އިސްތިއުނާފުކުރާ ފރާތުނ ނޭޝަނަލް ޓެންޑަރ ބޑަށުގުޅައިގެން މ ޢަ ލޫމާތު ސާފުކުރުމުން އިސްތިއުނާފުކުރާ ފަރާތުގެ ބީލަން ބާޠިލވެފައިވާކަނ 07 ޖުލައި 2020 ގާތާރީޚުގައި އެފަރްތށައެނގިފައިވާކަން އިސްތިއުނާފުކުރާ ފަރާތުން މިކޯޓަށް ހުށަހަޅާފައިވާ ދ ޢި ވ ފޯމާ ބެލުމުންނާއި ދެފަރާތުން މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެއެވެ. އަދި އިސްތިއުނާފުކުރާ ފަރާތުނ 07 ޖުލައި 2020 ގެ ތާރީޚުގައި ބީލަން މުރާޖަޢާ ކުރުމަށް ޕްރޮކިއުމަންޓް އޮފިސަރަށް މައްސަލަ ހުށަހަޅާފައިވާއިރު، 14 ޖުލައި 2020 ގެ ތާރް ޚީ ގައު ޕްރޮކިއުމަންޓް އެގްޒެކެޓިވް ސޮއިކޮށް، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ޝަކުވާގެ ޖަވާބު 14 ޖުލައި 2020 ގެ ތާރް ޚ ގައި އިސްތިއުނާފުކުރާ ފަރާތަށް ދީފައިވެއެވެ. އަދި އޭގެފަހުން އިސްތިއުނާފުކުރާ ފަރާތުނ 19 ޖުލައި 2020 ގ ތާރަ ޚީ ގައް ބީލަމުގެ މައްސަލަ އަލުން ބަލާ މުސްތަޤިއްލު ރިވިއު ކޮމެޓީއަށް މައްސަލަ ހުށަހަޅާފައިވެއެވެ. މި މައްސަލަ އެ ކޮމެޓީ އިނ 27 ޖުލައި 2020 ގައި ނިންމާފައިވެއެވެ. އަދި އޭގެފަހުން ބީލަން ކާމިޔާބުކުރި ފަރާތާއެކު ކޮންޓްރެކްޓުގައި ސޮއިކޮށްފައިވަނީ، 19 އޮގަ ސްޓ 2020 ގެ ތާރީޚގައު ކަން އެނގެން އޮވެއެވެ.
20ފަހުން ހަދާ ޤާނޫނެއްގެ އަސަރު ނުވަތަ އެއިގެ ބުރަ،އ ޤާނޫނެ ހެދުމުގެ ކުރިން ހިނގާފައިވާ ޙާދެ ޘި އެއްގެ މައްޗަށް ނުހިނގުމަކީ law) of application (retrospective ޢާއްމު އޞު ލކަމަށްވާއިރު، މ ބިޑު އެވޯޑް ކުރުމުގެ މަރުޙަލާ )ކޮންޓްރެކްޓް ޙަވާލުކުރަން ނިންމުން، އެއްބަސްވުން އެކުލަވާލުމާއި ކޮންޓްރެކްޓް ޙަވާލުކުރުން( މައްސަލާގައި ބަލަންޖެހޭނީ، ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގެ 10.53 ވަނަ މާއްދާ ކުރިންއޮތް ގޮތަށެވެ. އެހެންނަމަވެސް، ބަހުޘްގެ ބޭނުމަށް 06 ޖުލައި 2020 ގައި ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގެ 10.53 ވަނަ މާއްދާގެ )ށ( އަށް ގެނެވިފައިވާ އިޞްލާޙު މި މައްސަލައަށް ތ ޠަބީޤު ކުރިނަމަވެސް، މިމައްސަލާގައ ކަންހިނގާފައިވާގޮތުގެ ތާރޚީ ތަކަށް ބަލާއިރު، ބީލަން ކާމިޔާބުކުރި ފަރާތާއެކު ކޮންޓްރެކްޓުގައި ސޮއިކޮށްފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ މައްސަލަތައް ބަލް، ކުރި ސުވާލުތަކަށް ޖަވާބު ދިނުމށްފަހުގައިކަނަ އެނގެއެވެ.
21HN3މީގެ އިތުރުން ވެސް، މި މައްސަލާގައި އިސްތިއުނާފުކުރާ ފަރާތުގެ ބިޑު ބާޠިލް ކޮށްފައިވަނީ ބިޑުއެވޯޑުކުރުމަށ އޮތް އިޞލުގައ ކުންފުންޏަކަށް އެންމެ ގިނައިން ދެވޭނީ -300,000,000/ ރ )ތިންސަތޭކަ މިލިއަން ރުފިޔާ( ގެ އަގުގެ މަސައްކަތް ގިނަވެގެން 08 )އަށެއް( ޕްރޮޖެކްޓް ކަމުގައި ބަޔާންކޮށްފައިވާތީ، ބުނެވި ދިޔަ އަގަށުވުރ އިތރަށ ނޭޝަނަލް ޓެންޑރެބޯޑުން އިސްތިއުނާފުކުރާ ފަރާތަށް މަސައްކަތް ޙަވާލުކޮށްފައިވާތީ އުކަމުގެ މައްޗަށ ބިނާކޮށް، އިސްތިއުނާފުކުރާ ފަރާތުގެ ޝަރޠ ހަމަނުވާކަމަށް ކަނޑައަޅާފައިވާތީކަން އެނގެން އޮންނާތީ އިސްތިއުނާފުކުރި ފަރާތުން އެދޭ ގޮތަށް އެފަރާތުގެ ބީލަން ބާޠިލުކުރި ސަބަބު އެފަރާތަށް އެންގިނަމަވެސް، މ މައްސަލައިގެ ނަތީޖާއަކަށް ބަދަލެއް އަންނާނެކަމަށް ނުދެކެމެވެ. ސިވިލް ކޯޓުގެ ނަންބަރު: 020C/2-1615/Cv ޤަޟިއްޔާ ނިންމުމުގައި އެވޯޑިންގއާ ބެހޭ ކަމެއްގައި ޤަޟާއީ ފަރުވާއެއް ދެވެން ނެތްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ ކަނޑައެޅުން
22އިސްތިއުނާފުކުރާ ފަރާތުން މި ނުކުތާގައި ފާހަގަކޮށްފައިވަނީ، އިސް ތިއުންފުކުރެވިފައި މިވާ ސިވލކޯޓުގެ ޤަޟިއްޔާ ނިންމުމުގައި ބިޑުއެވޑިންގއޯ ގުޅާ ކަމެއްގައި ޤަޟާޢީ ފަރުވާއެއް ދެވެން ނެތްކަމަށް ސިވިލް ކޯޓުނާ ނިންމާފައިވަން އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވް އެންމެހާ ހެކިތަކަށް ފުރިހަމައަށް ރިޢާޔަތްކުރުމެއްނެތި ކަމަށެވެ. އެގޮތުނި އިސްތިއުނާފުކުރާ ފަރާތުން އެތެރޭގެ ޙައްލުތު އ ހޯދުމުގައި ކުރި ޝަކުވާތައް ކޮށްފައިވަނީ ހަމައެކަނި އިވެލުއޭޝަން މަރާޙލާއ ގުޅޭ ޝަކުވާއެއްގެ ގޮތުގައި ސިވިލް ކޯޓުން "ނޭޝަނަލް ޓެންޑަރ ބޯޑު މެދުވެރިކޮށް ޢިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑްކުރުމުގައި ޢަމަލުކުރާނެ އުސޫލު" މާނަކޮށްފައިވަނީ އެ ޝަކުވާތަކުގައި ބަޔާންކޮށްފައިވާ ކިތާބީ ހެކިތަކަށް ފުރިހަމައަށް ރިޢާޔަތްކުރުމެއް ނެތިކަމަށެވެ.
23HN4އިސްތިއުނާފު ކުރެވިފައި މިވާ މައްސަލާގައި، އިސްތިއުނާފުކުރާ ފަރާތުން ޕްރޮކިއުމަންޓް އޮފިސަރަށް އަދި ބީލަމުގެ މައްސަލަތައް ބަލާ މުސްތަޤިއްލު ރިވިއު ކޮމެޓީއަށްހުށަހެޅި މައްސަލައަށް ބަލާއިރު، "ނޭޝަނަލް ޓެންޑަރ ބޯޑު މެދުވެރިކޮށް ޢިމާރާތްކުރުމުގެ މަސައްކަތް އެވޯޑުކުރުމުގއި ޢަމަލުކުރާނެ އުޞޫލު" އާ ގުޅިގެނ އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު،ނޭޝަނަލް ޓެންޑަރ ބޯޑު މެދުވެރިކޮށް ޢިމާރާތްކުރުމުގެ މަސައްކަތް އެވޯޑުކުރުމުގައި ޢަމަލުކުރާނެ އުޞޫލު" ގ އެއްވެސް ނުކުތާއެއް ހިނގާނީ، އެ އުޞޫލީއެކުލަވާލި ތްރާ ޚުގ ފަހުގެ ތާރީޚުތަކުގައި ހިނގާފައިވާ ކަންތައްތަކުގެ މައްޗަށްކަން އެނގެން އޮވެއެވެ. މި އުޞޫލަކީ 01 އޭޕްރީލް 2020 ގައި އެކުލަވާލާފައިވާ އާ ޞުލެއްކަމުން، މި މައްސަލާގައި އިސްތިއުނާފުކުރ ފަރާތުން ހުށަހަޅާފައިވާ ބިޑު އިވެލުއޭޝަންއަށް މި އުޞޫލު ތަޠުބީޤު ކުރެވިގެން ނުވާނެކަމަށެވެ. އަދި ބިޑު ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާ ކްރައިޓީރިއާގެ މައްޗަށް ބިނާކޮށް އިވެލުއޭޝް ން ހަދައި ބީލަން ބާޠިލކުރަނ ނިންމި ނިންމުން މުރާޖަޢާކޮށްދިނުމަށް ކަމަށެވެ.
24ބުނެވިދިޔަ ކަންތައްތަކަށް ބަލާއިރު، "ނޭޝަނަލް ޓެންޑަރ ބޯޑު މެދުވެރިކޮށް ޢިމާރާތްކުރުމުގެ މަސައްކަތް އެވޯޑުކުރުމުގައި ޢަމަލުކުރާނެ އުޞޫލު" އާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ ބިޑު އިވެލުއޭޓުކުރުމ ގުޅާ މައްސަލަތައްކަން އެނގެއެވެ. އެއްވެސް ޙުލަތެއްގައި ބާ ޑޫއެވޯޑުކުރުމުގައި ޚް ޞު މާތެއ އޮތް ކަމަކަށް ފާހަގަކޮށްފައިވާކަން އެނގެންނެތެވެ.
25ސިވިލް ކޯޓުގެ ޤަޟިއްޔާ ނިންމުމުގައި ބިޑުއެވޯޑިންގއާގުޅޭ ކަމެއްގައި ޤަޟާޢީ ފަރުވާއެއް ދެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމާފައިވަން ހެކިތަކއ ރިޢާޔަތްކުރުމަކާ ނުލައިކަމަށް އިސްތިއުނާފުކުރާ ފަރާތުން ބީލަމުގެ މައްސަލަ އަލުންބަލަ މުސްތަޤިއްލު ރިވިއު ކޮމެޓީއަށް މައްސަލަ ހުށަހަޅާ ފޯމް އިއުލާން ނަންބަރު K/13/2020/62-(IUL)13 ނޭޝަނަލް ޓެންޑަރ ބޯޑު މެދުވެރިކޮށް ޢިމާރާތްކުރުމުގެ މަސައްކަތްތައް އެވޮޑް ކުރުމުގައި ޢަމަލުކުރާނެ ނޭޝަނަލް ޓެންޑަރ ބޯޑު މެދުވެރިކޮށް ޢިމާރާތްކުރުމުގެ މަސައްކަތްތައް އެވޮޑް ކުރުމުގައި ޢަމަލުކުރާނެ އުޞޫލު އިއުލާން ނަންބަރު K/13/2020/62-(IUL)13 ނޭޝަނަލް ޓެންޑަރ ބޯޑު މެދުވެރިކޮށް ޢިމާރާތްކުރުމުގެ މަސައްކަތްތައް އެވޮޑް ކުރުމުގައި ޢަމަލުކުރާނެ ބުނެ ފައިވީނަމަވެސް، އެ ޤަޟިއްޔާ ނިންމުމުގައި ބިޑު އެވޯޑިންގއާ ގުޅު ކަމެއްގައި ޤަޟާޢީ ފަރުވާއެއް ދެވެން ނެތްކަމަށް ނިންމާފައިވަން ޕްރޮކިއުމަންޓް އޮފިސަރަށް އަދި ބީލަމުގެ މައްސަލަތައް ބަލާ މުސްތަޤިއްލު ރިވިއު ކޮމެޓީއަށަމައްސަލ ހުށަހަޅަ މަރު ޙުލާގައިވެސ ބިޑް އެވޯޑިންގއ ގުޅާ ޚާޞް މ ތެއ އިސްތިއުނާފުކުރި ފަރާތުނ ފާހަގަކޮށްފައވާކަނ އެނގެން ނެތީމކަނާ އެނގެއެވެ. ދަޢުވާއާމެދު ގޮތެއް ކަނޑައެޅުމުގައި ބަލަންޖެހޭނީ ސީޣާއާއި ދ ޢ ވާކުރާ ފަރާތުން އެދޭގޮތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2010/HC-A/47 ޤަޟިއްޔާގައި ބަޔާންކޮށް ފައިވެއެވެ.އެހެންކަމުން ސިވިލް ކޯޓުގެ ޤަޟިއްޔާ ނިންމުމުގައި ބިޑް އެވޯޑިންގއާ ގުޅް ކަމެއްގައި ޤަޟާޢީ ފަރުވާއެއް ދެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ އިސްތިއުނާފުކުރ ފަރާތުން ހުށަހަޅާފައިވް އެންމެހާ ހެކިތަކުގެ މައްޗަށް ބަލައި ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށގެނ ކަމަށް ދެކެމެވެ. ސިވިލް ކޯޓުގައި އެސް.ޖޭގެ ފަރާތުން ކޮށްފައިވާ ދަޢުވާގައި ހުށަހަޅާފައިވާ އެންމެހާ ކަންކަމަށް މިކޯޓުން ގޮތެއް ކަނޑައެޅިދާނެތޯ؟
26މި ނުކުތާގައި އިސްތިއުނާފުކުރި ފަރާތުން ފާހަގަކޮށްފައިވަނީ، މ މައްސަލާގައި ބިޑު އެވަޑުކުރުމ ގުޅާ ކަންކަމާއި ގުޅިގެން އިސްތިއުނާފުކުރާ ފަރާތުންނާއި އިސްތިއުނާފު ރައްދުވާ ފަރާތުން ދަށޯ ކޯޓުގައި ވާހަކަދެ އްކާފައިވާތީ، ދިވެހިރާއްޖޭގެ ކޓުތަކުގ ޤާނޫނުގެ 46 ވަނި މާއްދާގަ )ހ( އަށް ރިޢާޔަތްކޮށް މި މައްސަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައަޅައިދް ނުމަށެވެ. މިގޮތުން އިސްތިއުނާފުކުރާ ފަރާތުނ ބުނެފައިވަނީ ރަޖުޢީކޮށް ޤާނޫނު ނުހިންގުމުގެ މަބްދައު އާއި ޕްރޮސެސް ކޮންޓްރެކްޓާ ގުޅިގެން އިސްތިއުނާފުކުރ ފަރތުނ ފާހަގަކޮށްފައިވާ ކަންކަމަށް ސިވިލް ކޯޓުންރިޢާޔަތކޮށްފައް ނުވާކަމަށެވެ.
27މިގޮތުން، ރަޖުޢީކޮށް ޤާނޫނުނުހިނެގމުގުމަބްދައ އާއު ޕްރޮސެސް ކޮންޓްރެކްޓާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ކަންކަން ބިނާކޮށްފައިވަނީ، ބިޑް އިވެލުއޭޝަންގައި "ނޭޝަނަލ ޓެންޑަރ ބޯޑު މެދުވެރިކޮށް ޢިމާރާތްކުރުމުގެ މަސައްކަތު އެވޑޯ ކުރުމުގައި ޢަމަލުކުރާނެ އުޞޫލު" ތަޠބީޤުކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކު ށެވެ. ބީލަމުގެ މައްސަލަ އަލުންބަލަ މުސްތަޤިއްލު ރިވިއު ކޮމެޓއަށ މައްސަލް ހުށަހަޅަ ފޯމީ
28HN5ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނީ މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވަނ )ހ( އެ މައްސަލައަކީ މައުޟޫޢީގޮތުން ބެލެންއޮތް މައްސަލައަކަށްވެފައި، އެ މައްސަލައިގައި ކަންހިނގާފައިވާ ގޮތް ދަށު ކޯޓުން ކަށަވަރުކޮށްދީފައިވަނީ ފުރިހަމައަށް އަދި ޞައްޙަކޮށްކަމަށް ކަނޑައެޅިއްޖެނަމަ، އެ މައްސަލައިގައި ޢަމަލުކުރަންޖެހޭ ޝަރުޢީ ނުވަތަ ޤާ ނޫނީ އޞު ލ ކަނޑައަޅައި، މައްސަލަ ނިންމުން.
29HN6އިސްތިއުނާފުކުރާ ފަރާތުން މި ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމަށް ސިވިލް ކޯޓުނ ރިޢާޔަތްކޮށްފައިވޭތޯ ބަލާއިރު، ސިވިލް ކޯޓުގެ ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ 20 ވަނަ ނަންބަރުގައި ފާހަގަކޮށްފޭއިވާ ގޮތުން، އިސްތއުނާފުކުރެވިފައި މިވާ ދަޢުވާ އުފަންވާ ނުވަތަ ފެށިހިސާބަކީ ދައުލަތުގެ މާލިއްޔަތު ޤަވާޢާ ދުގައިވުގޮތުނ ޕްރޮކިއުމަންޓް އޮފިސަރަށް ހުށަހަޅް ހުށަހެޅުމާއި، އޭނާގެ ނިންމުމާއި، އަދި އެ ނިންމުން ރިވިއުކުރުމަށް ހުށަހެޅުމާއި، ރިވިއުކުރުމަށް ހުށަހެޅި ހުށަހެޅެ މާމެދު ނިންމިގޮތެވެ. އ ނިންމުންތަކުނ އިވެލުއޭޝަން މަރި ޙލާގައި 01 އޭޕްރީލް 2020 ގ އ ޞު ލ ތަޠުބީޤު ނުކުރާކަން އެނގެން އޮތުމުން، އިވެލުއޭޝަން މަރުޙަލާގައި އޫއުޞު ލ ތަޠަބީޤު ކުރެވޭނެކަން ނުވަތަ ނޫންކަން ޝަރީޢަތުން ކަނޑައެ ޅަނ ޖެހޭނެ ކަމުގައި ނުދެކޭ ކަމަށުއި،އިވެލުއޭޝަން މަރު ޙލާގައި ތަޠާ ބުޤު ކުރިކަމަށް ސާބިތުނުވާ އުޞަލެއ އިވެލުއޭޝަން މަރު ޙލާގައި ތަޠބީޤ ނުކުރެވޭނެކަން ކަނޑައަޅަންޖެހޭ ސަބަބެއްނެތް ކަމަށެވެ.
30އިސްވެ ބަޔާންކުރެވުނުގޮތަށު ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާކަން އެނގެން އޮންނާތީ، އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމާމެދު ސިވިލ ކޯޓުން ގޮތެއް ކަނޑައަޅާފައި ނުވަކަމަށް ބުނެވޭނެ އެއްވެސް ސަބަބެއްނެތެވެ.އަދި މައްސަލއިގްވާޤިއާތާއި ކަނީހިނގާފައިވ ގޮތަށާ ބަލާއިރު، ސިވިލް ކޯޓުގެ ނިންމުމުގައި އެގޮތަށް ނިންމާފައވަނި،މި މައްސަލައަކީ ވާޤް އތަކެއްގެ މައްޗަށ ބިނާކޮށް ބިޑުއިވެލުއޭޝަން މަރުޙލާގައ 01 އޭޕްރީލް 2020 ގެ އުޞޫލު ތަޠަބީޤު ނުކުރެވޭނެކަމަށ ބުން ހުށަހެޅި ދޢވާއަކަށްވާތީ،އެ މަރި ޙު ލާގައ 01 އޭޕްރީލް 2020 ގެ އުޞޫލު ތަޠބީޤ ނުކުރާކަން އެނގެން އޮންނާތީ އެކަމުގެ މައްޗަށް ބިނާކޮށްކަން އެނގެއެވެ.
31ބުނެވިދިޔ ކަންކަނަ އެގޮތަށް ހުރުމުން،އ ސްތިއުނާފުކުރާ ފަރާތުން ހުށަހަޅިފައިވާ ދަޢުވާއަށް ސިވިލް ކޯޓުން ގޮތެއް ކަނަޑައަޅާފައޯވާކަނ އެނގެން އޮންނާތީ، ދިވެހިރާއްޖޭގެ ކޓުތަކުގ ޤާނޫނުގެ 46 ވަނަ މާއްދާގެ )ހ( ގެ ދަށުން އިސްތިއުނާފުކުރާ ފަރާތުން ކޮށްފައިވާ ދަޢުވާގައި ހުށަހަޅާފައިވާ އެންމެހާ ކަންކަމަށް މި ކޯޓުނުގޮތެއާ ކަނޑައަޅަންޖެހޭ ޝަރެޢީ އަދި ޤާނޫނީ ސަބަބެއް އޮތްކަމަކަށް ނުދެކެމެވެ.
ނިންމަން ފެންނަގޮތް
32ބުނެވި ދިޔަ ކަންކަން އެގޮތަށް ހުރުމުން، މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ސިވިލް ކޯޓުގެ ނަންބަރ 1615/Cv-C/2020 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށެވެ. ފ ނޑިޔާރޙު ސައނި މަޒދުގީ ރައުޔު؛
33އިސްފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު؛
34އިސްފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
35މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަޞްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރި ތާރީޚުން ފެށިގެންނެވެ. އެހެނަސް،ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. މި ކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނ ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ހ( މަދަނު އިޖުރާއަތުގެ ޤާނޫނު )ޤާނޫނ ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ށ( މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ނ( 2021 /HC-A/ 93 17 llltudl:iit _ 0,,,,,.,.,,,,,,,,. ,,,,. L,O~/ A.J"Ol10l1~ /1_r.J'-"V/4'/10l1 ,, ,, C. 0 C. 0 C. _,,,. 0 0 .; 0/ 0 0 0 X c.c. 0 C. C. 0/ ::, :, ;:, ~ :, 0 ~ 0 / .s t.E ✓/ E.J'A-".,1. r~v.,,e~rv e•~A _rA ,,r.;,.,-v .,f/<'A,J'>~A /1.A~J l 6 l 5/Cv-C/2020 ,, ,, ,, .,,,, .,,,, .,,,, .,,,, ,, :, ,, C. :, ,, ,, 0 :, ~.,,,, C. 0:,:, :'J:, ~:, 0 -::-o ,, C. ~.,,,.,,, ~:,::, ,::, .,,, ~,,,,..,,,::, 0::, ~.,,,, A.S//e ✓ .S,J'>~.,,~ r .s"-".,I.r r.;,.,, V .,I r A .J'> ~A .nA~J A 'A.,rV.J'>.J'> V /4' .,PA.,f .,J,/.,r/ /4'.J'>-".,I ,, ,::, ,, ,::, ,, ,, ,, ,, ,, (.:, t' 0 ,, ,, (. :, ,, 0 :, (. ,, (. 0 (. :, 0:,:, -1,.,,,,,,, 0/ ~,,,,,,.,,,,,,,, -1, ,1, ,; ~ 0,, .sev /.,P~ 'A/"" J..i4'J:; .sv,,or.nv.n/ A/ .?/<'A .,,.,,,r.,J,.s AA/~A,? 'A.,rV_J'>V/.,P .,PA.,f VA,r ,, ,, ,, ,, ,, ,, ,, ,, ,, ,, OC.// >>~ / .,,,,,..,,,c.e,.,o.,,,:,:, ~ .,,,,,,,,,,,~ rr:i _,,,,.,,, _r/ ,/ e/4'-" V ,?~ Ol1 l 615/Cv-C/2020 ,::, ,, ,, .,,,.,,,.,,, ,,,,,. o:,~ o C. ,,,~,, c.uo~ c. .,,,,.,,,,, a.,,, A.,J,A t./<'V /4'.5.,f.J'>AA /"" A.Sf!VA/ .S eA-" ./.JI_r /~A.;, .;, ,, ,, ,, ,, ,, ,, ,, ,, ,, C. C. ox O:,:, • .,P .;,.,I .,rV .;, V ./, ,::, >o:,:, ,,,,,,,, -,,.o .,,, :.,v.;,v-4 A?• fl.A~.s.;, , .,,, .,,, .,,, :, ,, 0 .,,, :, :,~ ,,,,. _r/~ ,/",, A ~./. .,, _n ,,t. ,/".,I ,::, .J'>~/1.,,:,,,,::,) ( ,,
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގެ 10.53 ވަނަ މާއްދާގެ (ށ) (06 ޖުލައި 2020 ގެ އިޞްލާޙުގެ ކުރިން އަދި ފަހުން)
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ބ) އަދި 18 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 19 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 ޤަޟިއްޔާ
- ހައިކޯޓުގެ ނަންބަރު 2010/HC-A/47 ޤަޟިއްޔާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ހ)
- ނޭޝަނަލް ޓެންޑަރ ބޯޑު މެދުވެރިކޮށް ޢިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑުކުރުމުގައި ޢަމަލުކުރާނެ އުޞޫލު (01 އޭޕްރީލް 2020) ގެ 5 ވަނަ މާއްދާ
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.