މުޙައްމަދު ވަޙީދު ވ. ސިލިންކޯ އިންޝުއަރެންސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 2391/Cv-C/2016
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ސުޕްރީމް ކޯޓުން (2020/SC-A/98) ހައިކޯޓަށް ތަޙްވީލުކުރި މި މައްސަލައިގައި، އަލިފާނުގެ ހާދިސާ ހިނގި ވަގުތު ދޯނީގެ ސެކިއުރިޓީ ބަލަހައްޓަން މީހުން ތިބިކަން (އިންޝުއަރެންސް ޕޮލިސީގެ ވޮރަންޓީ ފުރިހަމަވިކަން) ހައިކޯޓުގައި ނެގި ދެ ޝަފަހީ ހެކިންގެ ހެކިބަހުން އިސްތިއުނާފުކުރި ފަރާތަށް ސާބިތުކޮށްދެވިފައިވޭތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ސުޕްރީމް ކޯޓުން ހެކިން ހައިކޯޓަށް ޙާޟިރުކޮށް މައްސަލަ ކުރިއަށް ގެންދިއުމަށް ތަޙްވީލުކުރާ ޙާލަތުގައި، ހައިކޯޓުން އައްވަލަށް ހެކިބަސް ނަގައި ވަޒަންކުރުމުން އިސްތިއުނާފުގެ ޙައްޤު ގެއްލޭތޯ ޚަޞްމުންނާ ސުވާލުކޮށް، ދެފަރާތުން އިޢުތިރާޟުނުކުރާނަމަ ހައިކޯޓުން ހެކިބަސް ނަގައި ވަޒަންކުރެވިދާނެއެވެ.
HN2 މަދަނީ މައްސަލައެއްގައި ހެކި ވަޒަންކުރާ މިންގަނޑަކީ މަދަނީ މިންގަނޑެވެ؛ އެއީ ބޮޑަށް ބުރަވެވޭނީ ކޮން ކޮޅަކަށްތޯ ބެލުމެވެ.
HN3 ހާދިސާ ލޮލަށް ފެނުނު/އަޑުއިވުނު މީހުންގެ ހެކިބަހަކީ ސީދާ ހެކި (direct evidence) ނަމަވެސް، ކިތާބީ ހެކިވެސް ހުރި މައްސަލައެއްގައި ހަމައެކަނި އެ ހެކިބަހަށް ބަލައިގެން ނަތީޖާއަކަށް ނުދެވޭނެއެވެ؛ ރެކޯޑުކުރެވިފައިވާ އެހެން ހެކިތަކާ އަޅާކިޔައި ހެކި ވަޒަންކުރަންޖެހޭނެއެވެ. ހާދިސާއަށްފަހު ތަޙުޤީޤުކޮށް ތައްޔާރުކުރާ ރިޕޯޓުތަކަކީ ސީދާ ހެކި ނޫނެވެ.
HN4 ހެކިވެރިންގެ ނަން އެއްވެސް ރަސްމީ ރިޕޯޓެއްގައި ނުހިމެނުމާއި، ވަޒީފާގެ އެއްވެސް ލިޔެކިޔުމެއް (މުސާރަ، ރޯސްޓަރ، އެއްބަސްވުން) ހުށަނާޅުމާއި، ތަޙުޤީޤުގައި ބަޔާނެއް ނުދީފައިވުމާއި، ދަޢުވާކުރާ ފަރާތު އަމިއްލައަށް ހާދިސާއާ ކައިރިން ހުށަހެޅި ކްލެއިމް ފޯމުގައި އެ މީހުންގެ ވާހަކަ ނުހިމެނުމަކީ ހެކިބަހުގެ މައުޘޫޤިއްޔަތާމެދު ސުވާލު އުފައްދާ ކަންކަމެވެ.
HN5 ހާދިސާއާ ގުޅިފައިވާ ރެކޯޑުތަކާ ފުށުއަރާ ގޮތަށް ހަމައެކަނި 'ވެދާނެކަމަށް' ބެލެވޭ ކަމެއްގެ މައްޗަށް ބިނާކޮށް ދަޢުވާ ސާބިތުވެއްޖެކަމަށް ކަނޑައެޅުމަކީ ޢަދުލު އިންޞާފުގެ ތިލަފަތުގެ ބަދަލުގައި ޚިޔާލީ ތަޞައްވުރެއް އިސްކުރުމެވެ؛ ހެކިބަހަށް ބާރުދޭ ހެކި، ޤަރީނާ ނުވަތަ ލިޔެކިޔުމެއް ނެތްނަމަ ސެކިއުރިޓީ ގާޑުން ތިބިކަމަށް ބުނާ ބުނުމަށް ބުރަދަނެއް ނުދެވޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޢަބްދުﷲ ރަޝީދު
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- އަޙްމަދު މުރާދު
- ބެންޗު
- ޙަސަން ޝަފީޢު، ފާޠިމަތު ފަރްހީޒާ، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ފާޠިމަތު ފަރްހީޒާ، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު
ތަޢާރުފު
1މިއީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/98 ޤަޟިއްޔާއިން، ސިވިލް ކޯޓުގެ ނަންބަރ 2391/Cv-C/2016 ޤަޟިއްޔާ އިސްތިއުނާފުކުރުމުން،ބަލާފައިވާހައކޯޓުގެ ނަންބަރ 2017/HC-A/423 ޤަޟިއްޔާގައި، މުޙައްމަދު ވަޙީދުގެ ފަރާތުން ހެކިންގެވަނަވަރު ސާފުކޮށްދީފައިނުވާތީ، އަލިފާނުގެ ހާދިސާ ހިނގިއިރު، ދޯނި ބެލެހެއްޓުމަށްޓަކައ ޑިއުޓީގައި އެއްވެސް މީހަކު ހުރިކަން ސާބިތުކޮށްދެވިފައިނުވާކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން ބާޠިލުކޮށް، މުޙައްމަދު ވަޙީދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ޝފަހ ދީ ހެކިން ހައިކޯޓަށް ހާޒިރުކޮށް، ހައިކޯޓުން މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާ އާއި 19 ވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
2އިސްވެ ބަޔާންކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޤަޟިއްޔާގައި ޙުކުމް ކުރުމާއް ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 197-CR/95/2022/81 )15 ސެޕްޓެންބަރު 2022( ސިޓީން އެ މައްސަލައިގެ ޝަރީޢަތް ނިމުނުގޮތް އަދި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތައް މިކޯޓަށ ފޮނުވާފައިވެއެވެ.
ކަން ހިނގާފައިވާގޮތް
3ސިލިންކޯ އިންޝުއަރެންސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގައިއިންޝުއަރކޮށްފައިވެ"ސާރިޔާ" ދޯނި އަލިފާނުގެހާދިސޭއެއްގައި އަނދައިގެން ގޮސްފައިވުމާއެކު އިންޝުއަރެންސް ޕޮލިސީއާ އެއްގޮތަށް އުޅަނދުގެ ވެރިފަރާތަށް ބަދަލުގެގޮތުގައި ލިބެންޖެހޭ 1,350,000.00ރ. )ތޭރަލައްކަ ފަންސާސްހާސް ރުފިޔާ( ދިނުމަށް އިންޝުއަރެންސް ކުންފުނިން ދެކޮޅު ހަދަމުންދކަމަށްބުނ އެ ފައިސާ ޝަރީޢަތް މެދުވެރިކޮށް ހޯދުމަށް އެދި ސިލިންކޯ އިންޝުއަރެންސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސ.މަރަދޫ، ރޯޒަރީ/ މުޙައްމަދ ވަޙީދުގްފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުގެ ނަންބަރު 2391/Cv-C/2016 ޤަޟިއްޔާއިން އެ މައްސަލަ ބަލާފައިވެއެވެ.
4ސިވިލް ކޯޓުގެ ނަންބަރު 2391/Cv-C/2016 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ : " ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު ސިލިންކޯ އިންޝުއަރެންސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގައި އިންޝުއަރެންސް ކޮށްފައިވާ ރަޖިސްޓްރީ ނަންބަރ P5565A-03-S "ސާރިޔާ" ނަމަކަށް ކިޔާ ދޯނީގައި 17 ޖުލައި 2015 ވަނަ ދުވަހުގެރޭ ހިނގި އަލިފާނުގެ ޙާދިޘާ އެއްގައ ދޯނި އަނދައ ދޯންޏާއި ދޯނީގެ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއްވެފައިވަނީ އެ އުޅަނދުގެ ވެރިފަރާތުން ނުވަތަ އުޅަނދު ބެލެހެއްޓުމަށް ޙަވާލުކޮށްފައިވާ ފަރާތުން ޤަސްތް ގައި ކޮށްފައިވާ ޢަމި ލެއްގެ ސަބަބުންކަން އެނގެން ނެތްކަމުގައިވިޔަސ މ އުޅަނދުގައި އަލިފާނުގެ ޙާދިޘާ ހިނގާފައިވަނީ ރޭގަނޑު ދަންވަރުގެ ވަގުތެއްގައިކަން ހުށަހެޅިފައިވާ ލިޔުންތަކުންނާއި ޕޮލިސް ރިޕޯޓުން އެނގެން އޮންނައިރު މި އަލިފާނުގެ ޙާދިޘާ ހިނގިއިރު، މި އުޅަނދަށް ހަދާފައިވާ މުރިނ ހަލް އިންޝުއަރެންސް ޕޮލިސީ ނަންބަރ MLAU14SH000061 ގެ ވޮރަންޓީގެ 4 ވަނަ ނަންބަރުގައި ބަޔާންވެގެންވާ ފަދައިން އުޅަނދު ބެލެހެއްޓުމަށް އުޅަނދުގެ ވެރިފަރާތުން ނުވަތަ އުޅަނދު ޙަވާލުވެހުރި ފަރާތުން އުޅަނދުގައި އެއްވެސް މީހަކު ބަހައްޓާފައިވާކަނ ޝަރީޢަތަށް ސީބިތުވާފަދ ކާފަ ހެއްކެއް ދަޢުވާކުރާ ފަރާތުން ހުށަހަޅާފައި ނުވާހިނދު އިންޝުއަރެންސް ޕޮލިސީގ އިސްވެ އިޝާރާތްކުރ މާއްދާގައި ބަޔާންވެގެންވާ ގޮތުގެމަތީން އުޅަނދުގައި މީހަކު ބަހައްޓާފައި ނުވުމަކީ އިންޝުއަރެންސް ޕޮލިސީއާއި ޚިލާފަށް ދަޢުވާކުރާ ފަރާތުން ކޮށްފައެވާ ޢަމަލެއްކަމުންދަޢުވާކުރާ ފަރާތުން މިދަޢުވާގައ ހޯދުމަށް އެދިފައިވާ އިންޝުއަރެންސް ފައިސާއަކީ މިއުޅަނދަށް ހަދާފައިވާ އިންޝުއަރެންސް ޕޮލިސީގެ ދަށުން ނަގާދެވޭނ ފައިސާއެއް ނޫންކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ."
5ސިވިލް ކޯޓުގެ ނަންބަރު 2391/Cv-C/2016 ޤަޟިއްޔާގެ ޙުކުމް އިސްތިއުނާފުކުރުމަށް މުޙައްމަދު ވަޙީދުގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން، ހައިކޯޓުގެ ނަންބަރ 2017/HC-A/423 ޤަޟިއްޔާއިން އެ މައްސަލަ ބަލާފައިވެއެވެ.
6ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/423 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ: "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތީން ހުރުމާއި އެކު، ސިވިލް ކޯޓުގެ ނަންބަރު:2391/Cv-C/2016 ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް އެދި،ސ.މަރަދޫ، ރޯޒަރީ/ މުޙައްމަދު ވަޙީދުގެފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭފަދަ ޝަރުޢީ އަދ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި،މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވ."
7ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/423 ޤަޟިއްޔާގެ ނިންމުން، މުޙައްމަދު ވަޙީދުގެ ފަރާތުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރ 2020/SC-A/98 ޤަޟިއްޔާއިންނެވެ.
8އެހެންކަމުން، މި މައްސަލައިގައި ބަލާފައިވާނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/98 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހައިކޯޓުގައި، މުޙައްމަދު ވަޙީދުގެ ފަރާތުނ ހުށަހެޅް ހެކިންގެ ހެކިބަސް ނެގުމާއެކު، އެ ހެކިބަސް ވަޒަންކުރެވިގެންނެވެ. މި ޤަޟިއްޔާގައ އިސްތިއުނާފުކުރާ ފަރާތަކީ،ސ.މަރަދޫ/ ރޯޒަރީ،މުޙައްމަދު ވަޙީދުއެވެ. އަދި އިސްތިއުނާފުރައްދުވ ފަރާތަކީ، ސިލިންކޯ އިންޝުއަރެންސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުނާ ފާހަގކޮށްފައިވަ ކަންކަން
9ސިވިލް ކޯޓުން މައްސަލް ނިންމާފައިވަނީ، މުޙައްމަދު ވަޙީދުގެ ފަރާތުގެ ހުށަހެޅި ޝަފަހީ ހެކިން ހާޒިރު ނުކޮށްކަމާއި، ހާޒިރު ނުކުރި ސަބަބު އެ ކޯޓުން ބަޔާންކޮށްފައިނުވާކަނ.
10ސިވިލް ކޯޓުގް ޙުކުމުގައި، "އުޅަނދުގެ ވެރިފަރާތުން ނުވަތަ އުޅަނދާ ހަވާލުވެހުރި ފަރާތުން އުޅަނދުގައި އެއްވެސް މީހަކު ބަހައްޓާފައިވާކަނ ޝަރީޢަތަށް ސާބިތުވާފަދަ ކާފީ ހެއްކެއް ދަޢުވާ ކުރާ ފަރާތުނ ހުށަހަޅާފައި ނުވާ" ކަމަށް ބަޔާންކޮށްފައިވާކަނ.
11ހައިކޯޓުގައ އިސްތިއުނާފި ކުރަމުން މުޙައްމަދު ވަޙީދުގެ ފަރާތުން ފާހަގަކޮށްފައިވާ މައިގަނޑު ކަމަކީ، އޭނާގެ ފަރާތުން ހުށަހެޅް ހެކިން ހާޒިރުނުކޮށް، މައްސަލަ ނިންމާފައިވުމާއި، އެކަމުގެ ސަބަބު ވެސް ސިވިލް ކޯޓުނ ބަޔާންކޮށްފައިނުވާ ނުވުންކަނ.
12ހައިކޯޓުން ހެކިންގެ ވަނަވަރު ހުށަހެޅުމަށް މުޙައްމަދު ވަޙީދަށް ދިން މުއްދަތު )ދެ ދުވަސް( ގެ ތެރޭގައި ހެކިންގެ މަޢުލޫމާތު ކޯޓާ ހިއްސާކޮށްފައިނުވާކަމާއި، ނަމަވެސް، އޭގެ ފަހުގެ ތާރީޚެއްގައި އެ މަޢުލޫމާތު ހިއްސާ ކޮށްފައިވަނިކޮށް، "މުޙައްމަދު ވަޙީދުގެ ފަރާތުނުހެކިންގެ ވަނަވަރު ދިވެހިރާއްޖޭގެ ހައިކޯޓަށް ސާފުކޮށްދީފައި ނުވާތީ" ވެ އެކަން ފާހަގަކޮށް މައްސަލަ ނިންމާފައިވާކަމާއި، އެއިރު، މައްސަލައިގެ މަޙްޟަރު ބަޔާންތައް ޚަސްމުން ކިޔައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިނުވާކަން.
13މުޅި މައްސަލައިގައި ކަންހިނގާފައި ގޮތަށި ބަލާއިރު، ހައިކޯޓުގެ ނިންމުމަކީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދައިނ އިންސާފުން ޝަރީޢަތްކޮށް ނިންމާފައިވާ ނިންމުމެއް ކަމުގައި ނުދެކޭކަން.
14މުޙައްމަދު ވަޙީދުގެ ފަރާތުން ހެކިންގެ ވަނަވަރު ހައިކޯޓަށް ސާފުކޮށްދީފައިނުވާތީ، އަލިފާނުގެ ހާދިސާ ހިނގިއިރު، ދޯނި ބެލެހެއްޓުމަށްޓަކައި، ޑިއުޓީގައި އެއްވެސް މީހަކު ހުރިކަން ސާބިތު ކޮށްދެވިފައިނުވާކަމަށ ހައިކޯޓުން ނިންމާފައިވާ ނިންމުން ބާޠިލުކޮށް، މުޙައްމަދެވަޙީދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ޝަފހަ ދީ ހެކިން ހައިކޯޓަށް ހާޒިރުކޮށް އެ ކޯޓުން މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާއާއި 19 ވަން މާއްދާގަ ދަށުން މި މައްސަލަ ހައިކޯޓަށް ތެވީލަޙ ކުރުމަށް ފެންނަކަން.
ހެކިންގެ ހެކިބަސް ނެގުން
15HN1ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ މި ކޯޓަށް ތޙަ ވީލި ކޮށްފައިވަނީ، ހެކިންގެ ހެކިބަސް މ ކޯޓުގައި ނަގާ މި ކޯޓުން ގޮތް ކަނޑައެޅުމަށްޓަކައެވެ. މިކޯޓުން ހެކިންގެ ހެކިބަސް އައްވަލަށް ނަގައި އެ ހެކިބަހާމެދު ވާހަކަ ދައްކާ މީކޯޓުގައ މައްސަލި ބަލަ ފަނޑިޔާރުން ހެކިބަސް ވަޒަންކޮށްފިނަމަ، އިސްތިއުނާފަ ޙްއްޤެއް ގެއްލިދާނެތޯ މި މައްސަލައިގެ ޚިޞަމުންނާ ސުވާލުކުރެވި، ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދެކެވިފައިވެއެވެ. ދެފަރާތުންވެސް، މި މަރުޙަލާގައި ހެކިބަސް ނަގއްހެކިބަސް ވަޒަންކުރުމާމެދު އިއުތިރާޒު ނުކުރާކަމަށާއި، ސުޕްރީމް ކޯޓުގެ ނިންމުން އޮތް ގޮތުން މި ކޯޓުގައި ހެކިބަސް ނަގަންޖެހޭ ކަމަށ ދެކޭކަމަށް ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، މުޙައްމަދު ވަޙީދުގެ ފަރާތުން ހުށަހަޅާފައިވާ 2 )ދޭއް( ހެކިންގެ ހެކިބަސް މިކޯޓުގައި ނަގއައެ ހެކިބަހާ ގުޅިގެން ދެފަރާތަށް ވާހަކަދެއްކުމުގެ ފުރުސަތު ދީފައިވާނެއެވެ.
ސ.މަރަދޫ/ ހަތާ، ޙުސައިން ޢައްބާސްގެ ހެކިބަސް
16ޙުސައިން ޢައްބާސްގެ ހެކިބަހުގައި ފާހަގަކޮށްފައިވަނީ، މުޙައްމަދު ވަޙީދު އެނގޭ ކަމަށާއި، އޭނާގެ ނަމުގައި އޮންނަނީ ރޯޒަރީ ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. އަދި، އޭނާ އ ދޯނީގައި ވަޒީފާ އަދާކޮށްފައިވާކަމާއި، އޭނާގެ ވަޒީފާއަކީ، 6 އިން 6 އަށް ދޯނީގައި ޑިއުޓީ ކުރުންކަމަށާއި،ދޯނީގައި މަސައްކަތްކުރި،އުޖޫރައެއްގ ގޮތުގައި 5000ރ )ފަސްހާސް ރުފިޔާ( މަހުން މަހަށް ލިބޭގޮތަށްކަމަށް ފާހަގަކޮށްފައިވެއެވެ. އަދި، އޭނާ ދޯނީގައި ޑިއުޓީ އަދާކުރަނިކޮށ، 2015 ވަނަ އަހަރުގެ ޖުލައި މަހު ދޯނީގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމަށް ބުނެފައިވެއެވެ. އަދި ދޯނީގައި އަލިފާނުގެ ހާދިސާހިނގިއިރު އޭނާއާއެކު، އަނބުގަސްދޮށުގެ މުޙައްމަދް ޝަރީފު ހުރު ކަމަށި ބުނެފައިވެއެވެ. މީގެ އިތުރުން، އަލިފާނުގެ ހާދިސާ ހިނގުމުން ކަންތައް ކުރި ގޮތް ޙުސައިން ޢައްބާސްގެ ހެކިބަހުގައި ކިޔައިދީފައިވެއެވެ. ސ.މަރަދޫ/ އަނބުގަސްދޮށުގެ، މުޙައްމަދު ޝަރީފްގެ ހެކިބަސް
17މުޙައްމަދު ޝަރީފްގެ ހެކިބަހުގައި ފާހަގަކޮށްފައިވަނީ މުޙައްމަދު ވަޙީދު އެނގޭކަމަށާއި، އޭނާގެ ނަމުގައި ދޯންޏެއް އޮންނަކަން އެނގޭކަމާއި، އޭނާއަށް އެނގިފައި އޮންނަގޮތުނ މުޙައްމަދް ވަޙީދުގެ ނަމުގައި އޮންނަނީ އެ ދޯނި އެކަނިކަމ އާ ދޯނީގެ ނަން ނޭނގޭ ކަމިށެވެ.މުޙައްމަދު ވަޙީދުގެ ދޯނީގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ވަޒީފާ އަދާކުރި ކަމަށާއި، މުސާރައަކީ، 4000ރ. )ހަތަރުހާސް ރުފިޔާ( ކަމަށް މުޙައްމަދު ޝަރީފްގެ ހެކިބަހުގައި ބުނެފައިވެއވެ.ދޯނީގައި ޑިއުޓީކުރަމުންދިޔަ ދުވަސްވަރު އަލިފާނުގެ ހާދިސާއެއް ހިނގިކަމާއި، ހާދިސްހިނގި ތާރީޚު މިހާރު ހަނދާން ނެތްކަމަށާއި، ހާދިސާ ހިނގިއިރު، އޭނާއާއެކު ޢައްބާސްވެސް ޑއުޓީގައި ހުރިކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން، އަލިފާނުގެ ހާދިސާ ހިނގުމުން ކަންތައް ކުރިގޮތް މުޙައްމަދު ޝަރީފްގެ ހެކިބަހުގައި ކިޔައިދީފައިވެއެވެ.
އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންކަމުގެ ޚުލާސަ
18މ މައްސަލައިގައި ހައިކޯޓަށި ހާޒިރުކޮށް ނެގުން ހެކިބަހުން ދޯނީގައި އަލިފާނުގެ ހާދިސާ ހިނގިއިރު، ޙުސައިން ޢައްބާސިއއާ މުޙައްމަދު ޝަރީފް ދޯނީގައި ޑިއުޓީގައި ތިބިކަން ސާބިތުވާކަމަށް މުޙައްމަދު ވަޙީދުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް
19ސިވިލ ކޯޓުން ސާބިތުކޮށްފައިވާ ވާޤްއާތަކި ގުޅިގެނާ އެއްވެސް ނުކުތާއެއް އިސްތިއުނާފުރައްދުވ ފަރާތުން އިސްތިއުނާފުކޮށްފައި ނެތުމާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައިވެސް އިސްތިއުނާފު ކުރެވުނު ނުކުތާ ބިނާވެފައިވަނީ ހަމައެކަނި ދޯނީގައި ހާދިސާ ހިނގިއިރު، ޑިއުޓީގައި މީހުން ތިބިތޯ ނުވަތަނޫންތޯ ސާބިތުކުރުމުގެ މައްޗަށްކަމަށްވެފައި އަދި އަލިފާނުގެ ހާދިސާގައި ދޯންޏާއި ދޯނީގައިވާ އެންމެހާ ތަކެތި އަނދައިގެން ގޮސްފައިވާތީ، އިންޝުއަރެންސް ޕޮލިސީއާ އެއްގޮތަށް ދަޢުވާގައި ބަޔާންކޮށފައިވ 1,350,000ރ )އެއްމިލިއަން ތިންލައްކަ ފަންސާސްހާސް ރުފިޔާ( އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފުކުރާ ފަރާތަށް އެކީ އެއްފަހަރު 10 )ދިހައެއް( ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާ ޙުކުމްކޮށްދިނުމަށ މުޙައްމަދު ވަޙީދު އެދިފައިވެއެވެ. އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރި ކަންކަމުގެ ޚުލާސަ
20އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ހެކިވެރިން ހެކިބަސްދެމުން އެ ފަރާތްތަކަކީ އިސްތިއުނާފުކުރާ ފަރާތްތަކުގެ މުވައްޒަފުން ކަމަށް ބުނެފައިވީނަމަވެސް، އެ ހެކިވެރިންނަކީ އިސްތިއުނާފުކުރާ ފަރާތްތަކުގެ މުވައްޒަފުންކަން ސާބިތުކުރެވޭނެ އެއްވެސް ކިތާބީ ހެއްކެއް ހުށަހަޅާފައިނުވާކަމާއި، ދޯނީގެ ސެކިއުރިޓީ ބެލެހެއްޓުމަށ މުވައްޒަފުން ގެންގުޅެފައިވާނަމަ އެކަމަކީ ލިޔުމުން ސާބިތުކުރެވެނީ އޮތް ކަމަކަށްވާއިރު، އެކަން ސާބިތުކޮށްދޭންޖެހޭންއެކަމާގުޅޭ ކިތާބީ ލިޔުން ހުށަހަޅައިގެންކަމާއި، ޝަފަހީ ހެކިވެރިން މެދުވެރިކޮށް ކަމެއު ސާބިތުކުރެވޭނީ އެކަމާ ގުޅޭ ކިތާބީ ހެކި ނެތް ޙާލަތެއްގައި ކަން ޤާނޫނު ނަންބަރ 2022/11 )ހެއްކާބެހޭ ޤާނޫނު(ގެ 42 ވަނަ މާއްދާގެ )ހ( އިން އެނގެން އޮންނަކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން
21ކިތާބީ ހެކިން ސާބިތުވާ ކަންތައްތައް ކަމަށް ފާހަގަކޮށް ތިރީގައިވާ ކަންކަން އިސްތިއުނާފު ރައްދުވާ ފަރާތުން
21.1މިނިވަން ސަރވޭޔަރެއ މެދުވެރިކޮށް ހަދާފައިވާ ސަރވޭ ރިޕޯޓުގެ 8.5 ވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ ހާދިސާ ހިނގިއިރު އުޅަނދުގައި އެއްވެސް މީހަކު ނެތްކަމަށްކަން. އަދި ކުރިން އުޅަނދުގައި މަސައްކަތް ކުރި ކެޕްޓަން މުޙައްމަދު ޖުނައިދު އެހެން އުޅަނދެއްގައި މަސައކަތްކުރުމަށ ގޮސްފައިވާކަމާއި، ހާދިސާ ހިނގުމުގެ ކުރިން ދޯނީގައި ހުރި އަގުބޮޑު ސާމާނު ޢަލީ އިއްޒުއްދީން ދޯނިން ނަގާފައިވާކަން.
21.2 ހާދިސާއާ ގުޅިގެން 14 ސެޕްޓެންބަރު 2015 ގައް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހަދާފައިވާ ޕޮލިސް ރިޕޯޓުގައި ބަޔާންކޮށްފައިވަނީ އުޅަނދުގައި މަހަށްދާނެ ފަޅުވެރިން ނެތުމުން 14 ޖުލައި 2015 އިން ފެށިގެން އުޅަނދު ބަނދަރުގައި އަޅާފައިވާ ކަމަށްކަން.
21.3 ޕޮލިސް ރިޕޯޓުގައި، ހާދިސާ ހިނގިއިރު، ތަނުގައިތިބި އެންމެންނާ ސުވާލުކޮށްފައިވާކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ދޯނީގައި ޑިއުޓީ ކުރަންތިބި އެއްވެސް މީހަކާ ސުވާލުކުރިކަނ އެނގެން ނެތްކަމާއި، ހެކިވެރިންގެ ހެކިބަހުންވެސް، ފުލުހުން އ މީހުންނާ ސުވާލު ކުރިކަމަށް ބުނެފައި ނުވާކަން.
21.4 ޕޮލިސް ރިޕޯޓުގައި، ޕޮލިސް އިންޓެލިޖެންސް ރިޕޯޓާ ހަވާލާދީ، އަލިފާނުގެ ހާދިސާއަކީ، ޢަލީ އިއްޒުއްދީނ ރާވައިގެން ކުރިކަމެއްކަން އަޑުއިވިފައިވާކަމަށާއި، ހާދިސާ ހިނގުމުގެ ކުރިން ދޯނީގައި ހުރި އަގުބޮޑު ސާމާނު ޢަލީ އިއްޒުއްދީނ ދޯނިން ނަގާފައިވާކަން.
22ޝަފަހީ ހެކިންގެ ހެކިބަހުން ފާހަގަކުރެވޭ ކަންތައްތައްކަމަށް ބުނީ ތިރީގައިވާ ކަންކަން އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
22.1 ދ ހެކިވެރިން ބުނާ ބުނުން ފިޔަވާ އެ ދެމީހުންނަކީ ދޯނީގައި ޑިއުޓީ ކުރަންތިބި ބައެއްކަން ސާބިތުވާ އެއްވެސ ހެއްކެއް ޕޮލިސް ރިޕޯޓުންނާއި، މިނިވަން ސަރވޭ ރިޕޯޓުންނާއި، އަދި ޕޮލިސް ރިޕޯޓުގައި ހަވާލާދީފައިވާ އެމް.އެންޑީ.އެފް ގެ "ފަޔަރ އެންޑް ރެސްކިއު ޓީމް" ގެ އންސިޑެންޓ ރިޕޯޓުން ސާބިތުނުވާކަން.
22.2 އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ދެ ހެކިން ހެކިބަސްދެމުން، އަލިފާނުގެ ހާދިސާ ހިނގިއިރު ދޯނީގައި ތިބިކަމަށ ބުނެފައިވީނަމަވެސް ސުވާލުއުފެދޭ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވޭ ކަމާއި، އަލިފާނުގެ ހާދިސާ ހިނގުމުން ކަމާބެހޭ ފަރާތްތަކަށް އަދި ދޯނި ބެލެހެއްޓުމާ ޙަވާލުވެހުރި ފަރާތަކަށް ދޯނީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެނ އުޅޭކަން އަންގާފައިވަނީ ހެކިވެރިން ނޫންކަން ހެކިވެރިންގެ ހެކިބަހުންނާއ ދިވެހި ފުލުހުންގެ ޚިދުމަތުން ތައްޔާރުކޮށްފައިވާ ޕޮލިސް ރިޕޯޓުން އެނގެން އޮންނަކަން. ދޯނި ބެހެއްޓުމާ ހަވާލުވެހުރި ޢަލީ އިއްޒުއްދީނ ފުލުހުންނަށް ދީފައިވާ ބަޔާނުގައި ދޯނީގައި އަލިފާނުގެ ހާދިސާއެއް ހިންގައިގެން އުޅޭކަމުގެ މައުލޫމާތު އޭނާއަށް ލިބިފައިވަނީ އޭނާގެ ރައްޓެއްސެއް ކަމަށްވާ މުޙައްމަދު ނަޢީމުގެ ފަރާތުން ކަމަށް ބުނެފައިވާކަމާއި، ހެކިވޭރިން ދޯނީގައި ތިބިނަމަ، އެފަދަ ހާދިސާއެއް ހިންގައިގެން އުޅޭކަން ކަމާބެހޭ ފަރާތްތަކަށް އަދި ދޯނި ބެލެހެއްޓުމާ ޙަވާލުވެހުރި ފަރާތަށް ނާންގައި ތިބެދާނެ ކަމާމެދު ސުވާލު އުފެދޭކަން.
22.3 ހާދިސާއާ ގުޅިގެނާ ދިވެހި ފުލުހުންގެ ފަރާތުން ތައްޔާރުކޮށްފައިވާ ޕޮލިސް ރިޕޯޓު، އިސްތިއުނާފުކުރާ ފަރާތުން ދިން ބަޔާން އަދި ދޯނި ބެލެހެއްޓުމާ ހަވާލުވެހުރި ފަރާތުން ދީފައިވާ ބަޔާންތަކުންވެސް ހާދިސާ ހިނގި ވަގުތު ދޯނި ބެލެހެއްޓުމަށް ބަޔަކު ތިބިކަން އެނގެން ނެތްކަން.
23ދޯނީގައި ހާދިސާ ހިނގި ވަގުތު ބަޔަކު ތިބިކަމާއި، އިންޝުއަރެންސް ޕޮލިސީގެ ވޮރެންޓީއަކާ ޚިލާފުވެފައިނުވާކަނ އެއް މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ސާބިތުކޮށްދޭންޖެހޭ ކަމަކަށްވާއިރު، އެކަން އިސްތިއުނާފުކުރާ ފަރާތަށް ސާބިތުކޮށްދެވިފައިނުވ ކަމަށާ އިސްތިއުނާފު ރައްދުވާ ފަރާތުނ
24އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ފަދައިން އިންޝުއަރެންސް ޕޮލިސީގެ ދަށުން ލިބެންޖެހޭ ޖުމްލަ ފައިސާގެ 10% )ދިހައެއް އިންސައްތަ( އުނިކުރުމަށްފަހު ބާކީވާބައި އިންޝުއަރެންސް ޕޮލިސީގެ ދަށުން ދަށުން އިސްތިއުނާފުކުރާ ފަރާތަށް ލިބިދެވޭނީ ދޯނި އެއްކޮށް ހަލާކުވެ ނެތިދާ ޙާލަތުގައި ނުވަތަ total loss ގ ހާލަތުގައިކަނ އިންޝުއަރެންސް ޕޮލިސީއިން އެނގޭކަމާއި، މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން އަދި މިނިވަން ސަރވެއައެއް ކަމަށްވާ، އިންޑިޕެންޑެންޓް ސަރވެއަރސ މޯލްޑިވްސް އިން ތައްޔާރުކޮށްފައިވާ "ޑެމޭޖް ސަރވޭ ރިޕޯޓް" އިން މި ހާދިސާގެ ސަބަބުން ދޯނި އެއްކޮށް ހަލާކުވެ ނެތި ގޮސްފައިނުވާކަނ އެނގެން އޮންނަކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
25އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި marine hull claim form އިންވެސް ދޯނި އެއްކޮށް ހަލާކުވެ ނެތިގޮސްފައިނުވާކަން އެނގޭކަމާއި، އެ ފޯމުގައި ހޯދުމަށް އެދިފައިވަނީ، ދަޢުވާގައި އެދިފައިވާ ޢަދަދު ނޫންކަމުން، ދަޢުވާގައި އެދިފައިވާ 1,350,000ރ. )އެއްމިލިއަން ތިންލައްކަ ފަންސާސްހާސް ރުފިޔާ( އިސްތިއުނާފުކުރާ ފަރާތަށް ނަގައިދެވޭނެ ތަނެއް ނެތްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުނ
26Marine hull claim form އިން އިސްތިއުނާފުކުރާ ފަރާތުން ހޯދުމަށް އެދިފައިވަނީ ހަލް ހެދުމަށް ޚަރަދުވާނ ކަމަށެ އަންދާޒާކުރެވޭ 605,000ރ. )ހަލައްކަ ފަސްހާސް ރުފިޔާ( އަދި މެޝިނަރީޒް އަށް ޚަރަދުވާނ ކަމަށެ އަންދާޒާކުރެވޭ 378,215.30ރ. )ތިންލައްކަ ހަތްދިހަ އަށްހާސް ދުއިސައްތަ ފަނަރަހާސް ރުފިޔާ ތިރީސް ލާރި( ކަމާއި، އަލިފާނުގެ ހާދިސާގައި ދޯނީގެ ހަލް އެއްކޮށް ހަލާކުވެފައިނުވާއިރު، ދޯނީގެ ހަލްއަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއްކަން އަދި އެ ގެއްލުންތައް ރަނގަޅުކުރުމަށް ޚަރަދުވާނ އިސާތިއުނާފުކުރާ ފަރާތުން ހުށަހަޅްފައިވާ މިންވަރަށްކަން އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ކޯޓޭޝަން އަދި އެހެނިހެން ލިޔުންތަކުން ސާބިތުވާން ނެތްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުނ އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް
27އިންޝުއަރެންސް ޕޮލިސީގެ ދަށުން މުޙައްމަދު ވަޙީދުގެ ފަރާތުން ހޯދުމަށް އެދިފައިވާ 1,350,000 )އެއްމިލިއަން ތިންލައްކަ ފަންސާސްހާސް ރުފިޔާ( އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފުކުރާ ފަރާތަށް ދޭންޖެހޭ ކަމަށް ކަނޑައަޅާނެތަނެއް ނެތް ކަމަށް ކަނޑައަޅައި މައްސަލަ ނިންމައިދިނުމަށް، ސިލިންކޯ އިންޝުއަރެންސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދިފައިވެއެވެ.
ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން
28މި މައްސަލައަކީ، އަލިފާނުގެ ހާދިސާއަކާއި، އިންޝުއަރެންސް ޕޮލިސީއަކާއި އަދި ވަރަށްމުހިންމު އެއް ސުވާލެއްގެ މައްޗަށް ބިނާވެފައިވާ މައްސަލައެކެވެ. އެ މުހިންމު ސުވާލަކީ، މި މައްސަލައިގައި ހިމެނޭ ދޯނީގައި އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ ދޯނީގެ ސެކިއުރިޓީ ބަލަހައްޓަން އެއްވެސް ފަރާތެއް އ ވަގުތު ހުރިތޯ ނުވަތަ ނެތްތޯ ކުރެވޭ ސުވާލެވެ.
292015 ވަނި އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހުގެ ރޭގަނޑު 00:40 ހާއިރު، ސ. މަރަދޫ ބަނދަރުގައި އަޅާފައ އޮތި ލަކުޑި ދޯންޏެއްގައި އަލިފާން ރޯވެ ބޭނުންނުކުރެވޭ ވަރަށް އެ ދޯނި އަދައިގެން ދިޔައެވެ. "ސާރިއާ" ގެ ނަމުން ނަންދެވިފައިވ އާ ދޯނގްއޮޑިވެރިއަކީ، މުޙައްމަދު ވަޙީދެވެ. އެ ދޯނި އޮތީ ސިލިންކޯ އިންޝުއަރެންސް ކުންފުނީގައި އިންޝުއަރކޮށްފައެވެ. ނަމަވެސް، އެ ޙާދިސާއާ ގުޅިގެން ބަދަލު ހޯދުމަށް އެދުމުނ އިންޝުއަރެންސް ކުންފުނިން އެކަމަށް އިންކާރުކުރިއެވެ. އިންޝުއަރެންސް ކުންފުނިން އެކަމަށް އިންކާރުކުރުމުން އިންޝުއަރެންސް ކުންފުންޏަށް ރައްދުވާގޮތަށް މުޙައްމަދު ވަޙީދު ދަޢުވާ އުފުލިއެވެ. އ ދަޢުވިގެ ޝަރީޢަތް ހިންގައި ޙުކުމްކުރިއިރު، މުޙައްމަދު ވަޙީދަށް އޭނާގެ ދަޢުވާ ކާމިޔާބެއްނުވިއެވެ. އ ދަޢުވާ މުޙައްމަދު ވަޙީދަށް ނާކާމިޔާބުވީ ސަބަބަކީ، އެ ދޯނީގައްއަލިފާނުގެ ހާދިސާ ހިނގި ވަގުތު، އެ ދޯނީގެ ސެކިއުރިޓީ ބަލަހައްޓަން އެއްވެސް ފަރާތެއް އެ ވަގުތު ހުރިކަން މުޙައްމަދު ވަޙީދަށް ސާބިތުކޮށްދެވިފައި ނެތްކަމަށް ދަށުކޯޓަށް ބުރަވެވުމުންނެވެ.
30މި އިސްތިއުނާފުގެ ނިންމުން ބިނާވަނީ، އަލިފާނުގެ ހާދިސާ ހިނގި ވަގުތުއ ދޯނީގެ ސެކިއުރިޓީ ބަލަހައްޓަން ސެކިއުރިޓީ ގާޑުން ތިބިކަން، ހެކިތަކުގެ މައްޗަށް ބިނާކޮށް، މުޙައްމަދު ވަޙީދަށް ސާބިތުކޮށްދެވިފައެވޭތ ނުވަތަ ނޫންތޯ ކުރެވޭ ސުވާލުގެ މައްޗަށްކަން އަހުރެންނަށް ފާހަގަކުރވއެވެ.
އިޖުރާއީ ގޮތުން މައްސަލަ ހިންގިފައިވާ ގޮތުގެ ޚުލާސާ
31އަލިފާނުގެ ހާދިސާ ހިނގި ވަގުތު ދޯނީގައި ސެކިއުރިޓީ ގާޑުންގ ގޮތުގައެ ތިބިކަމަށ ބުން ހެކީގެ ގޮތުގައި މުޙައްމަދު ވަޙީދު ދަށުކޯޓަށް ހުށަހެޅި ހެކިވެރިންގެ ހެކިބަސް ނެގުމެއް ނެތް ދަށުކޯޓުން ޙުކުމްކުރިއެވެ.
32އަލިފާނުގެ ހާދިސާ ހިނގި ވަގުތު ދޯނީގައި ސެކިއުރިޓީ ގާޑުންގ ގޮތުގައެ ތިބިކަމަށ ބުން ހެކީގެ ގޮތުގައި މުޙައްމަދު ވަޙީދު ދަށުކޯޓަށް ހުށަހެޅި ހެކިވެރިންގެ ހެކިބަސް ނެގުމެއް ނެތި ދަށުކޯޓުން ކުރި ޙުކުމް މުޙައްމަދު ވަޙީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.
33ހެކިންގެ ވަނަވަރު ހުށަހެޅުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މުޙައްމަދު ވަޙީދަށް ދިން 02 )ދޭއް( ދުވަހުގެ މުއްދަތުގައި އެކަން ފުރިހަމަކޮށްފައި ނެތްކަމަށް ބަޔާންކޮށް ދަށުކޯޓުގެ ޙުކުމް ދަމަހައްޓައި ދިވެހިރާއްޖޭގ ހައިކޯޓުން ޙުކުމްކުރިއެވެ.
34މުޙައްމަދު ވަޙީދުގެ ފަރާތުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވިދިޔަ ޙުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، އެ ކޯޓުން އެ ހެކިވެރިންގެ ހެކިބަސް ން ގއިގެނ މައްސަލް ކުރިއަށް ގެންދިއުމަށް އަމުރުކޮށް މައްސަލަ މި ކޯޓަށް ތަޙްވީލުކުރިއެވެ.
ސުޕްރީމް ކޯޓުން މި ކޯޓަށް ދިން އިރުޝާދު
35ސުޕްރީމް ކޯޓުން މި މައްސަލަ މި ކޯޓަށް ތޙަ ވީލުކޮށް މި ކޯޓަށް ދީފައިވާ އިރުޝާދަކީ ކޮބައިތޯ ބަލާއިރު، އެ އިރުޝާދަކީ، މުޙައްމަދު ވަޙީދުގެ ފަރާތުން ދަށުކޯޓަށް ހުށަހަޅާފައިވާ ޝަފަހީ ދ ހެކިން މި ކޯޓަށް ޙާޟިރުކޮށް މި ކޯޓުން މައްސަލަ ކުރިއަށް ގެންދިއުމަށް ދީފައި އޮތް އިރުޝާދުކަނ އަހުރެންނަށް މި ކޯޓުގައި މައްސަލަ ކުރިއަށް ގެންދެވުނު ގޮތް
36މި މައްސަލައަކީ، ސުޕްރީމް ކޯޓުން ތ ހަ ވީލުކުރުމުން މި ކޯޓުގައި ކުރިއަށް ގެންދެވޭ މައްސަލައަކަށް ވުމުން މައްސަލަ ކުރިއަށް ގެންދިއުމުގައި ޢަމަލުކުރުމަށް ދެފަރާތުންވެސް ދެކޭގޮތް ހާމަކުރުމަށް ފުރުސަތު ދެވިފައިވެއެވެ.
37އޭގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ މި ކޯޓަށް ތޙަ ވީލުކށުފައިވަނީ،މުޙައްމަދ ވަޙީދުގެ ފަރާތުން ދަށުކޯޓަށް ހުށަހަޅާފައިވާ ޝަފަހީ ދެހެކިން މި ކޯޓަށް ޙާޟިރުކޮށް މި ކޯޓުން މައްސަލަ ކުރިއަށް ގެންދިއުމަށްކަމަށް ވީހިނދު،މެކޯޓުނުއް ހެކިންގެ ހެކިބަސް އައްވަލަށް ނަގައި އެ ހެކިބަހާމެދު ވާހަކަ ދައްކަން ފުރުސަތުދ މިކޯޓުގައ މައްސަލި ބަލަ ފަނޑިޔާރުން ހެކިބަސް ވަޒަންކޮށްފިނަމަ، އިސްތިއުނާފަ ޙްއްޤެއް ގެއްލިދާނެތޯ މި މައްސަލައިގެ ޚޞުމުންނާ ސުވާލުކުރެވި،އެކަމާމެދި ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދެކޭގޮތް ހާމަކުރުމަށް ފުރުސަތު ދެވިފައިވެއެވެ.
38އ ދެވުނު ފުރުސަތުގައިދެފަރާތުންވެސް، މި މަރުޙަލާގައި ހެކިބަސް ނަގުއއެހެކިބަސް ވަޒަންކުރުމާމެދ އިއުތިރާޒު ނުކުރާކަމަށާއި، ސުޕްރީމް ކޯޓުގެ ނިންމުން އޮތް ގޮތުން މި ކޯޓުގައި ހެކިބަސް ނަގަންޖެހޭކަމަށް ދެކޭކަމަށް ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ 2 )ދޭއް( ހެކިންގެ ހެކިބަސް މިކޯޓުގައި ނަގު އެއަ ހެކިބަހާ ގުޅިގެން ދެފަރާތނ ފާހަގަކުރަން ބޭނުންވާ ކަންކަން ފާހަގަކުރުމުގެ ފުރުސަތު ދެވިފައިވެއެވެ.
39އެއަށްފަހު، ޖުމްލަކޮށް މުޅި ހެކިތަކަށް އެކުގައި ރިޔާޢަތްކޮށ، އަލިފާނުގެ ހާދިސާ ހިނގިއިރު،އެ ދޯނީގެ ސެކިއުރިޓ ބަލަހައްޓަނީ އެއްވެސް މީހަކު ހުރިކަން މުޙައްމަދު ވަޙީދަށް ސާބިތުކޮށްދެވިފައިވޭތޯ ނުވަތަ ނޫންތޯ ބެލިފައިވާނެއެވެ.
ދެ ހެކް ންގެ ހެކިބސ
40މ ޙައްމަދު ވަޙީދުގެ ފަރާތުން ހުށަހެޅި ދެހެކިން ކަމަށްވާ، ސ.މަރަދޫ/ ހަތާ، ޙުސައިން ޢައްބާސް އަދި ސ. މަރަދޫ/ އަނބުގަސްދޮށުގެ، މުޙައްމަދު ޝަރީފްގެ ހެކިބަހުން އެ ދެމީހުންވެސް، އަލިފާނުގެ ހާދިސާ ހިނގިއިރ އެ ތަނުގައްއ ދޯނީގެ ސެކިއުރިޓީ ބަލަހައްޓަން ތިބިކަން އެދެމީހުންގެ ސާފުބަހުން އެނގެންއޮވެއެވެ.
41އެ ދެމީހުންގެ ވާހަކަތައް ހުރީ އެއްގޮތް ގޮތަކަށެވެ. އެ ދެމީހުންގެ ހެކިބަހުގައި ޖައުހަރީ ފުށުއެރުންތަކެއް ހުރިކަން ފާހަގައެއް ނުކުރެވެއެވެ.އަދި ކްރޮސް އެގްޒަމިނޭޝަންގައި ކުރެވުނު ސުވާލުތަކަށް ދިން ޖެވިބުގައިވެސް އެ ދެމީހުންގިހެކިބަހުގައްޖައުހަރީ ފުށުއެރުންތަކެއް ހުރކަންއަހުރެންނަށް ފާހަގަކުރެވިފައެއ ނުވެއެވެ.
42HN3އ ދެމީހުންގެ ހެކިބަހަކީ،އ ދޯނީގެ ސެކިއުރިޓީ ބެލެއްޓުމަށް އެ ދެމީހުންއެ ހާދިސާ ހިނގި ވަގުތީ ތިބިކަމުގެ ސީދާ ހެކި evidence) (direct ކަމަށް އަހުރެންނަށް ފާހަގަކުރެވެއެވެ.ނަމަވެސް، އެ ދެމީހުންގެ ހެކިބަހަށް އެކަނި ރިޢާޔަތްކޮށްގެންމުޅި މައްސަލައިގެ ފައިނަލް ނަތީޖާއަކަށް ވާސިލުވެވިދާނެކަމަކަށ އަހުރެން ނުދެކެމެވެ. ސަބަބަކީ، މި މައްސަލައިގައި ކިތާބީ ހެކިތަކެއްވެސް ހުރީތީއެވެ. ވުމާއެކު،ފައިނަލް ނަތީޖާއަކަށް ވާސިލުވުމަށް،އެ ދެހެކިވެރިންގެ ހެކިބަހަށް ބުރަދަން ދިނުމުގައި ރެކޯޑުކުރެވިފައ ހުރި އެހެން ހެކިތަކާއި އެ ދެހިވެރިންގެ ހެކިބަހާއެކު ކިރައި ހެކިތައް ވަޒަންކުރަންޖެހޭނެކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ.
ކިތާބީ ހެކިތައް
43މ މައްސަލައިގައި ހެކިބަސް ނެގުނު ދެހެކިވެރިންގެ ހެކިބަހާއި ގުޅިގެން ފާހަގަކުރަން ބޭނުންވާ ކަންކަން ފާހަގަކުރުމަށް ދެވުނު ފުރުސަތުގައި އިންޝުއަރެނިސް ކުންފުނިން މައިގަނޑު ގޮތެއްގައި 3 )ތިނެއް( ކިތާބީ ހެއްކަކަށް ޙަވާލާދީ ކަންކަން ފާހަގަކުރެއެވެ.
44ފުރަތަމަ ކަމަކަށް،އިނެޝް އަރެންސ ކުންފުނިން ފާހަގަކޮށްފައި ވަނީ އިންޑިޕެންޑެންޓް ސަރވޭޔާސް ރިޕޯޓްގެ
8.5 އާ ޙަވާލާދީ ފާހަގަކުރި ކުރުމެވެ. އެގޮތުން، ފާހަގަކުރަނީ އަލިފާނުގެ ހާދިސާ ހިނގިއިރު އުޅަނދުގައި އެއްވެސް މީހަކު ނެތްކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވާކަމަށް ބުނެ އެކަމެވެ.
45އެ ރިޕޯޓްގެ 8.5 ވަނަ ނަންބަރުގައި ވަނީ: "The vessel was not manned at the time of the incident. The vessel was laid up prior to the incident after the Captain of the vessel (Mr.
Mohamed Junaid) had left to join another vessel."
46ދެވަނަ ކަމަކަށް،އިންޝުއަރެންސް ކުންފުނިން ފާހަގަކޮށްފައި އޮތީ ޕޮލިސް ރިޕޯޓުގެ ވާހަކައެވެ. އެގޮތުން، އެ ހާދިސާ ހިނގި ތަނުގައި ތިބި މީހުނާ ސުވާލުކުރިކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވާއިރު، އ ދެހެކިވެރިންގ ގޮތުގައެ ބިތި ދެމީހްނ ނ ސުވާލުކޮށްފައި ނެތްކަމަށް އިންޝުއަރެންސް ކުންފުނިން ފާހަގަކޮށް އެ ދެމީހުން އެ ތަނުގައި ތިބިނަމަ އެ ދެމީހުންނާ ސުވާލުކުރެވިފައި އޮންނާނެކަމަށް ބުނެއެވެ. ވުމާއެކު، އ ދެމީހުން އެ ތަނުގައި ނެތްކަމަށް ބަލަންޖެހޭކަމަށް އެ ފަރާތުން ފާހަގަކުރެއެވެ.
47ތިންވަނަ ކަމަކަށް އިންޝުއަރެންސް ކުންފުނިން ފާހަގަކޮށްފައި އޮތީ އެމްއެންޑީއެފްގެ އިންސިޑެންޝަލް ރިޕޯޓުގެ ވާހަކައެވެ. އެގޮތުން، އެ ރިޕޯޓުގައި ވެސް އެ ދެހެކިވެރިންގެ ވާހަކަ ބަޔާންކޮށްފައި ނެތްނެތުނ ފާހަގަކޮށް އެއީ އެ ދެހިވެރިން އެ ތަނުގައި ނެތްކަމަށް ބުރަވވޭކަމެއްކަމަށް ފާހަގަކޮށްފައިވެއެވެ.
ވަޒީފާގެ ލިޔެކިޔުންތައް ނެތުން
48މ މައްސަލައިގައި ހާޒިރުކޮށް ހެކިބަސް ނެގުނު ދެ ހެކިވެރިންނަކީ އެ ދޯނީގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވާ މުވައްޒަފުންކަމަށ ބުން އެ ދެމީހުން ހެކިބަސް އަދާކޮށްފައިވާއިރު، އެ ދެމީހުން ވަޒީފާ އަދާކުރާކަމުގެ އެއްވެސް ލިޔެކިޔުމެއް ހުށަހަޅާފައިނުވާކަމްށް ބުނެ، ވަޒީފާ އަދާކުރާނަމަ އެކަމުގެ ލިޔެކިޔުންތައް ހުންނާނެކަމަށާއ އެއި ލިޔެކިޔުމުން ސާބިތުކޮށްދޭންޖެހޭކަމެއްކަމަށ އިންޝުއަރެންސް ކުންފުނިން ފާހަގަކޮށް އްކަނ ފާހަގަކޮށްފައިވެއެވެ.
ހެކި ވަޒަންކުރުން
49HN2މ މައްސަލައިގައި ހެކި ވަޒަންކުރުމުގައި ކޯޓުން ބަލަންޖެހޭ މިންގަނޑަކީމަދަނީ މިންގަނޑެވެ. ތިލަކޮށ ބުނާނަމަ އެއީ ބޮޑަށް ބުރަވެވޭނީ ކޮން ކޮޅަކަށްތޯ ބެލުމެވެ.
50މި މައްސަލައިގެ ހެކިތަކަށް ބަލާއިރު، މައިގަނޑު 04 )ހަތަރެއް( ކަމެއް އަހުރެންނަށް ފާހަގަކުރެވެއެވެ. އެގޮތުން، ފުރަތަމަ ކަމަކަށް އިންޝުއަރެންސް ކުންފުނިން ބަރޯސާވާ ޑޮކިއުމެންޓަރީ ހެކިތަކަކީ ހާދިސާއަށް ފަހު ހިންގި ތަޙުޤީޤުތަކަށްފަހު ތައްޔާރުކޮށް ރެކޯޑްކުރެވިފައިވާ ރިޕޯޓުތަކެއކަނ އަހުރެންނަށް ފާހަގަކުރެވެއެވެ. މިއީ ސީދާ އެ ހާދިސާ ލޮލުން ދެކި ކަންފަތުން އަޑުއެހި ބަޔަކު ތައްޔާރުކުރި ރިޕޯޓުތަކެއްނޫނެވެ. އެހެންކަމުން،އެއީ ސީދާ ހއްކެއެ evidence) (direct ނޫންކަން އަހުރެންނަށް
51ދެވަނަ ކަމަކަށް، މި މައްސަލައިގައި ހެކިބަސް އަދާކުރި ދެމީހުނކުރެ އެއްވެސް މީހަކް އެ ހާދިސާ ހިނގި ތަނުގައިއެ ވަގުތްތިބިކަން އެއިން އެއްވެސިރިޕޯޓއްގައެ ލިޔެ ބަޔާންކޮށްފައި ނެތްކަން އަހުރެންނަށް
52ތިންވަނަ ކަމަކަށް، އެ ދެހެކިންގެ ހެކިބަހަކީ،ހާދިސާ ހިނގިތަނުގައި ތިބްކަމަށްބުނި، ހާދިސާ ލޮލަށް ފެނުނކަމަށް ބުނީއަދި އަޑު އިވުނުކަމަށް ބުނެ ދީފައިވާ ހެކިބަހެއްކަމަށް ވާތީ، އެ ހެކިބަހަކީ ސީދާ ހެކި (direct evidence) ކަމަށް އަހުރެންނަށް ފާހަގަކުރެވެއެވެ.
53ހަތަރުވަނަ ކަމަކަށް، މުޙައްމަދު ވަޙީދު އިންޝުއަރެންސް ކުންފުންޏަށް ހުށަހެޅި ކްލެއިމް ފޯމުގައި، އެ އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ ދޯނީގެ ސެކިއުރިޓީ ބަލަހައްޓަން އެއްވެސް މީހަކު ހުރިކަމަށް ބަޔާންކޮށްފައި ނެތްކަންވެސ އަހުރެންނަށް ފާހަގަކުރެވެއެވެ.
54އެހެންކަމުން، ޖުމްލަކޮށް މުޅި ހެކިތަކަށް އެކުގައި ރިޔާޢަތްކޮށް، އަލިފާނުގެ ހާދިސާ ހިނގިއިރު، އެ ދޯނީގެ ސެކިއުރިޓީ ބަލަހައްޓަން އެއްވެސް މީހަކު ހުރިކަން މުޙައްމަދު ވަޙީދަށް ސާބިތުކޮށްދެވިފައިވޭތޯ ނުވަތަ ނޫންތޯ ބަލައި އެކަމާމެދު ގޮތް ކަނޑައެޅުމުގައި އެ ދެހެކިވެރިންގެ ހެކިބަހުގެ މައުޘޫޤިއްޔަތަށ ރިޔާޢަތްކުރަންޖެހޭކަމަށ އަހުރެންނަށް ފާހަގަކުރެވެއެވެ. ދެ ހެކިވެރިންގެ ހެކިބަހުގެ މައުޘޫޤިއްޔަތު (Reliability)
55HN4ފުރަތަމަ ކަމަކަށް ފާހަގަވަނީ، މި ދެހެކިވެރިންކުރެ އެއްވެސް ހެކިވެރިއެއްގެ ނަންވެސް އެންމެ ކުޑަމިނުން އެއްވެސް އޮފިޝަލް ރިޕޯޓެއްގައި ބަޔާންކޮށްފައި ނެތް ނެތުމެވެ.
56ޕޮލިސް ރިޕޯޓުގެ 4 ވަނަ ޕެރެގްރާފުގައި: “All the people who have been reported to be present nearby the scene at the time of the incident were questioned” އެފަދައިން ބަޔާންކޮށްފައިވާތީ އާއި،އެހާބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިގޮސް، އެ ދޯންޏަށް އެހައި ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، އެ ދޯނީގެ ސެކިއުރިޓީ ބަލަހައްޓަން ތިބިކަމަށ ބުން ދެމީހުންކުރެ އެއްވެސް މީހެއްގެ ހިލަމެއް އެ މައްސަލަ ތަޙްޤީޤުކުރި ރަސްމީ ފަރާތަށް ވެފައި ނެތް ނެތުމަކީ، ހެކިބހުގުމައުޘޫޤއްޔަތާމެދި ސުވާލު އުފެދޭކަމއްކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ . ސަބަބަކީ، އެ އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ ދެމީހުން އެ ދޯނީގެ ސެކިއުރިޓީ ބަލަހައްޓަން ތިބިނަމަ، އިންވެސްޓިގޭޓަރުންނާ އެމީހުންނާ ބައްދަލުނުވެ ދިއުމަށްވުރ ބައްދަލުވުމުގެ ފުރުސަތު ބޮޑުކަމަށް ބުރަވެވޭތީއެވެ.
57ދެވަނަ ކަމަކަށް ފާހަގަވަނީ، އެ ދެހެކިވެރިންނަކީ ސެކިއުރީ ގާޑުންކަމަށް ބުނާއިރު، އެ ވަޒީފާގައި އުޅޭކަމުގެ އެއްވެސް ލިޔެކިޔުމެއް ހުށަހަޅާފައި ނެތް ނެތުމެވެ. މުސާރަ ދިންކަން އެނގޭނެ އެއްވެސް ލިޔުމެއް، ޑިއުޓީ އަދާކުރަންޖެހޭ ގޮތުގެ ރޯސްޓަރެއް، ވަޒީފާގެ އެއްބަސްވުމެއް ފަދަ ހަމަ އެއްވެސް ލިޔެކިޔުމެއް ހުށަހަޅާފައި ނެތް ނެތުމަކީ، ހެކިބަހުގުމައުޘޫޤިއްޔަތމެދ ސުވާލު އުފެދކަމެއްކަމުގައޭ އަހުރެންނަށް ފާހަގަކުރެވެއެވެ. ސަބަބަކީ، ވަޒީފާއެއްގެ ގޮތުން އެ ދޯނީގެ ސެކިއުރިޓީ ބެހެލެއްޓުމުގެ ވާޖިބުއަދާކުރަމުން ދިޔަނަމަ، އެކަމާގުޅޭ ކޮންމެވެސް ލިޔެކިޔުމެއް އެއްވެސ ސިފައެއްގައި ނެތުމަށްވުރެ އޮތުމުގެ ފުރުސަތު ބޮޑުކަމަށް ބުރަވެވޭތީއެވެ.
58ތިންވަނަ ކަމަކަށް ފާހަގަވަނީ، އެ ހެކިވެރިން ހެކިބަސް އަދާކުރި ވަގުތެވެ. މައްސަލަ ތަޙްޤީޤުކުރަމުން ދިޔައިރު މިއިން އެއްވެސް ހެކިވެރިޔަކު،ދީފައިވާ ބަޔާނެއް ނެތެވެ. އެއްވެސް މީހެއްގެ ހިލަމެއް އެ މައްސަލަ ތަޙްޤީޤުކުރި ރަސްމީ ފަރާތަށް ވެފައި ނެތް ނެތުމަކީ، ހެކިބަހުގު މައުޘޫޤިއްޔތާމެދްސުވާލު އުފެދޭކަމެއްކަމުގައި އަހުރެންނަށ ފާހަގަކުރެވެއެވެ. ސަބަބަކީ، އެ އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ ދެމީހުން އެ ދޯނީގެ ސެކިއުރިޓީ ބަލަހައްޓަން ތިބިނަމަ، މައްސަލައިގެ ތަޙްޤީޤުގައި އެކަން ފާހަގަނުކޮށް ދޫކޮށްލުމަށްވުރެ އެކަން ފާހަގަކުރުމުގަ ފުރުސަތު ބޮޑުކަމަށް ބުރަވެވޭތީއެވެ.
59ހަތަރުވަނަ ކަމަކަށް ފާހަގަވަނީ، އިންޝުއަރަންސް ކުންފުންޏަށް ހުށަހަޅާފައިވާ މެރިން ހަލް ކެލްއިމް ފޯމުގެ 7 ވަނަ ސުވާލުގެ (c) ގައި: “please provide details of the watch keeping regime in force on the vessel” އެ ފަދައިން ބަޔާންކޮށްފައިވާއިރު،ދޯނީގައި ޑިއުޓީކުރަމުންދިޔ ކަމަށަ ބުން މީހުންގެ މައުލޫމާތު ހިމަނާފައިނުވާކަމެވެ.އިންޝުއަރެންސް ކުންފުންޏަށް ކްލެއިމް ފޯމް ހުށަހެޅިއިރު، އެ އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެދޯނީގެ ސެކިއުރިޓީ ބަލަހައްޓަން އެއްވެސް މީހަކު ހުރިކަމަށް ބަޔާންކޮށްފައި ނެތްނެތުމަކީ، ހެކިބަހުގ މައުޘޫޤިއްޔަތާމެދު ސުވާލުއެފެދޭކަމެއްކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ. ސަބަބަކީ، އަލިފާނުގެ ހާދިސާއަށް ފަހު މުޙައްމަދު ވަޙީދުގެ ފަރާތުން އިންޝުއަރެންސް ކުންފުންޏަށް ބަދަލު ހޯދުމަށް އެދި ހުށަހެޅި ކްލެއިމް ފޯމުގައި އެ އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ ދޯނީގެ ސެކިއުރިޓީ ބަލަހައްޓަނީ އެއްވެސް ފަރާތެއް ހުރިނަމަ އެކަން އެ ފޯމުގައި ބަޔާންނުކްށް ދޫކޮށްލުމަށްވުރެ އެކަން އެ ފޯމުގައި ބަޔާންކުރުމުގެ ފުރުސަތު ބޮޑުކަމަށް ބުރަވެވޭތީއެވެ. ހެކިވެރިންގެ ބަހުން އެ ދެމީހުން ހާޒިރުވެ ތިބިކަން ސާބިތުވޭތޯ
60HN5ބަޔާނވެދިޔް ކަންކަނަ އެގޮތުގައި ހުރިއިރު، އެ ދެހެކިވެރިންގެ ހެކިބަހަށް ބާރުދޭނެ ހަމަ އެއްވެސް ހެއްކެއް އަދި ޤަރީނާއެއްވެސް އަދި އެއްވެސް ލިޔެކިއުމެއްވެސް ހާދިސާ ހިނގި ދުވަސްވަރުގެ ރެކޯޑުތަކުން ފެންނަން އޮތްކަން މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔެކިއުންތަކުނ އެނގެން ނެތްކަން އަހުރެންނަށް
61އެ ދެހެކިވެރިންގެ ހެކިބަހަކީ،ސަރވޭ ރިޕޯޓާއި، ފުލުހުންގެ ތަޙްޤީޤު ރިޕޯޓާއި އަދި އެމްއެންޑީއެފްގ އިންސިޑެންޓް ރިޕޯޓްންކުރެ އެއްވެސް ރިޕޯޓަކުން އެއްވެސް ވަރަކަށް ބާރުދޭ ހެކިބަހެއް ކަމުގައި އަހުރެންނަކަށް ފާހަގައެއެނުކުރެވެއެވެ. އޭގެ އިތުރުން، އިންޝުއަރެންސް ކުންފުންޏަށް މުޙައްމަދު ވަޙީދު ހުށަހެޅި ކްލެއިމް ފޯމުގައިވެސް އެ ހެކިވެރިންގެ ނަން ޒިކުރުކޮށްފައ ނެތި ނެތުން،އޭގެ ޒާތުންވެސް، ހެކިބަހުގުމައުޘޫޤިއްޔތާމެދު ވަރަށް ބޮޑަށް ސުވާލި އުފައްދާކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ. ސަބަބަކީ، އެ ކްލެއިމް ފޯމުގައި ބަޔާންކުރި ކުރުމަކީ އޭނާ އަމިއްލައަށް ބަޔާންކުރި ބަޔާންކުރުމެއްކަމުގައ ވާތީއެވެ. އަދި އެއީ އަލިފާނުގެ ހާދިސާ ހިނގިތާ ކައިރީގައި އޭނާ އަމިއްލައަށް ބަޔާންކުރާ ބަޔާންކުރުމެއްކަމުގައި ވާތީއެވެ. އެ ސެކިއުރިޓީ ގާޑުންގެ ވާހަކަ އޭރު ބަޔާންކޮށްފައި ނެތުމަކީ، ހާދިސާ ހިނގި ވަގުތު ދޯނީގައި ސެކިއުރިޓީ ގާޑުން ތިބިކަމަށް މިހާރު މުޙައްމަދު ވަޙީދުގެ ފަރާތުން ބުނާ ބުނުމާވެސ ފުށުއަރާކަމެއްކަނ އަހުރެންނަށް ފާހަގަކުރެވެއެވެ.
62މި މައްސަލައަށް ބަލާއިރު، މިއީ ހަމައެކަނި އެންމެ ރިޕޯޓއްގައެ އެ ސެކިއުރިޓީ ގާޑުންގެ ވާހަކަ އުނިވެފައި އޮތް މައްސަލައެއްގެ ގޮތުގައި އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ. އެއާ ޚިލާފަށް، މިއީ ދަޢުވާކުރި ފަރާތުގެ އަމިއްލ ބަޔާނަ ހިމެނޭހެން، މިނިވަން އެކިއެކި މަސްދަރުތަކުގެ ރެކޯޑުތަކުން އެ ސެކިއުރޓ ގާޑުންގެ ވާހަކަ ބަޔާންވެފައި ނެތް މައްސަލައެއްކަން އަހުރެންނަށް ފާހަގަކުރެވެއެވެ.
63އާންމު އުޞޫލުން ބަލާއިރު، މިފަދަ ބޮޑު އަލިފާނުގެ ހާދިސާއެއް ހިންގައި ދިޔައިރު، ސެކިއުރިޓީ ގާޑުން ތިބިނަމަ، ތަޙްޤީޤުކުރާ ފަރާތްތަކުން ނުވަތަ ރަސްމީ ރިޕޯޓުތަކުން ނުވަތަ އޮޑިވެރިޔާ އަމިއްލައަށްވެސ އެކަން ރެކޯޑްކޮށްފައި އޮންނާނެކަމަށް އަހުރެންނަށް ބެލެއެވެ. ނަމަވެސް، މި މައްސަލައިގައި އެފަދަ އެއްވެސ ރެކޯޑެއް ނެތުމުން، ސެކިއުރިޓީ ގާޑުން ތިބިކަމަށ ބުން ބުނުމަކީ، އެ ބުނުމަށް ބުރަދަނެއް ދެވިދާނެ ބުނުމެއްކަމަކަށ އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ.
64ހާދިސާއާ ގޅިފައިވުރެކޯޑުތަކާ ފުށުއަރްގޮތަށް ހަމައެކަނި "ވެދާނެކަމަށް" ބެލެވޭ ކަމެއްގެ މައްޗަށް ބިނާކޮށާ ދަޢުވާއެއް ސާބިތުވެއްޖެކަމަށްކަނޑައެޅުމަކ، ޢަދުލު އިންސާފުގެ ތިލަފަތުގެ ބަދަލުގައި ޚިޔާލީ ތަސައްވުރެއ އިސްކުރުންކަމަށ އަހުރެންނަށް ފާހަގަކުރެވެއެވެ.
65ބުނެވިދިޔަ ކަންކަމަށް ރިޢާޔަތްކޮށް ބަލްއިރު، އަލިފާނުގެ ހާދިސާ ހިނގިއިރު އެ ދޯނީގެ ސެކިއުރިޓީ ބެލެހެއްޓުމަށް ދެމީހަކު ތިބިކަން މުޙައްމަދު ވަޙީދު ހުށަހެޅި ދެހެކިންގެ ހެކިބަހުން ސާބިތުވާކަމަށް އަހުރެންނަށް ބުރައެއް ނުވެވެއެވެ.
66އެހެންކަމުން، ދަށުކޯޓުގެ ޙުކުމަށް ބަދަލެއް ގެންނާނެ ތަނެއް އޮތްކަމަކަށް އަހުރެން ނުދެކެމެވެ.
ނިންމަން ފެންނަ ގޮތް
67ސިވިލ ކޯޓުގް ނަންބަރު 2391/Cv-C/2016 ޤަޟިއްޔާގެ ޙުކުމަށް ބަދަލެއް ގެންނާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު ފާޠިމަތު ފަރްހީޒގާ ރަޢުޔު
68އަހުރެނ ފަނޑިޔާރް ޙަސަނު ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރަޢުޔު
69އަހުރެނ ފަނޑިޔާރް ޙަސަނު ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ. N 0 N ----N ::r:uI -<l'.'.---- 0 N I 0 t-- 0\"~\0\=~ ~ "",, \' ~\"'u ""I:~ :~"'~, or ... '\ ,, ll\\ "\~~ ,,,", or' \"I"&J~::-. Ill\ I)~"l ""I~~o,''\ "~\ I))"I\"I\ot._ ll\"a,~~\\\ ""I~~o,''\ "~\''Z:.o, ,,,, r----0 '\ \ \\ \~ \, \, \ ·L I\\ ll\\ "\~~ ,,,", or' I))"it.l<"I", "0..","0..o\""I ~~ ll\"I\al \·\ ""I '\,l o,\ "'"Io,\ ""I"I\"~"\ ,,"\ '\ \ & \, '' I\ I\\ \ '-'ol ,,-..._M0 ll\""I ":\ o\"·\ \\ \\ o\ ''Z:.o, ''"I o,"a,~~\\\ ""I~~o,''\ "~\ ~~ o,"I\ ""I"I\"~"\ ,,"\ :\ \ \, ,~ \ I\ \, L I\\ \\ ::-. ~ \ ~ """"I"\~~ ,,,", I) \ \\;~ \ ll\~~ \\ ,,~~ ll\"I\al \·\ ";}~ \ ~,"\ ""I~~ o,"I\", ,,- "0.."\~~ \, y' ~I\ '' '.\ 0.. \, '\ "I \ ' · \\ ''\" ·\ I)"C...\f\,t._ll\"\", N "0.."·\ ,,,''\~~''O..,, \\ ll\"I\al \·\ ";}~ ", \\ ,,,"\ \\'':-.. ot._d,""I ~~ o,"I\ l . l ,~ \ \, ::-. ,~ \ ~ M "0..","\~:i.. "\ ,,"\ ~ \\\", or' al "C...ll\)(::-_ ,,, ll\\;}~ ~\ ~ \ & \, 01\">."\ I "\\Qot._\\ ""I"&J~::-. I)\ I))"I\"\"\ o\ \ ""I"\l<"I", ll\\ ll\\ "\"O.."\"::-.ot._''" \Q "0..al ~~ ll\"'.\
0.. L 't, I\ ::-. ::-. \\ ~ '\,l o,\ \~,,\ \ ll\\ \ I)\"\ o,"\\ "\''\ll\""I ~~''\\Q ll\\ "::-."'i ""I''Z:.o, ''"I NM0\----....--<u;;> uN0 '°....--< I\ I\\'' ,I\ ::-. I\ ::-. 't, I\ L I "0.."I\ ll\)(::-.I)"::-."'i ll\"'"I'''\ o, ""II)\"\\\ \ ""I"&J~~\\\ ""I~~o,''\ "~\ " :--..~ I\ \ '' i:. ,I\\ :\ \, \ & .,,">. Ill\">."\ '!\ ,,''Z:. o,l, ,=-, ,, I\\ ¾: l\l~\.;!'\ "' <..... t . u "' .... " \ o,,,"I\ ''\' \ "'.\~'1 ll\,l ,,"\''\' \ \\ ~~ "\ :~, "\~i:. \ I\ ' \ :\ ,. ) \ :\ XJ\~ ,I\\ :\ 0 ,l \\~ ,,-..._ \, ,,:., ,,__, ~~ .,~'\ \"',, N00"St ..,., ~R\ \\:; ,J.,'\\ \ \\\"'\J\ \\\\ '.\ \ \,-._C')N£:::!0 N ,....;"\,,.,,, ,,Rl, \\\ ,, \\:., "'"' '-0~ •l I)~·:--""'"'NV)0 N0\ ...,~:'\":J .,''\ -~' -~\\f\ .)"''"'I\ ''<J'\,,i," 01.J~~'\\ ""I~'lJo,\\\\'-~' \' \' :.c: "'@) o~',la, . .5 t8 @)..c.~ ..c: a.\ "f\ ~ ;i: (.)0;:,... .:,bJ)0>~ > .. ._ (.)0;:, t 0.00 >E > \' ,.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާ އަދި 19 ވަނަ މާއްދާ (ސުޕްރީމް ކޯޓުން ތަޙްވީލުކުރުން)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ (ސުޕްރީމް ކޯޓުގެ ނިންމުމުގައި)
- ސުޕްރީމް ކޯޓުގެ 2020/SC-A/98 ޤަޟިއްޔާ
- ހައިކޯޓުގެ 2017/HC-A/423 ޤަޟިއްޔާ (ބާޠިލުކުރެވުނު ކުރީގެ ނިންމުން)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.