ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2022/HC-A/175

މުޙައްމަދު ނަބީލް ޢަބްދުލްޤަދީރު ވ. އާމިނަތު އާފިއްޔާ

ދަށުކޯޓުގެ ނިންމުން ބާޠިލު
ސުޕްރީމް ކޯޓުން ދަމަހައްޓާފައިޙުކުމުގެ ހާލަތު
ހައިކޯޓު · 6 ސެޕްޓެމްބަރު 2022ދަށު ކޯޓު: ސިވިލް ކޯޓު 3385/Cv-C/2020ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 3385/Cv-C/2020
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓު: 2022/SC-A/92 — ހައިކޯޓުގެ ޙުކުމް ދަމަހައްޓާފައި

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ބިމުގައި ޢިމާރާތްކޮށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައިވާ މުއްދަތުގައި ކުއްޔަށްދިން ފަރާތާ ފްލޯރތައް ޙަވާލުނުކުރުމަކީ އެއްބަސްވުން ބާޠިލުކުރެވިދާނެ ސަބަބެއްތޯއާއި، އިސްތިއުނާފުކުރި ފަރާތުން އީމެއިލް އޮޅުމަކުން ދަށުކޯޓަށް ނުފޯރާ ހުރި ހެކިތަކަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމުމަކީ އިންސާފުވެރި ގޮތެއްތޯ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

އަލުން ބެލުމަށް ފޮނުވި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ފްލޯރތައް ޙަވާލުކުރަންޖެހޭ މުއްދަތުގައި ޙަވާލުނުކުރެވިއްޖެނަމަ ޢަމަލުކުރަން އޮތް ގޮތާއި (މިސާލަކަށް ކުލި ދައްކަމުން ދިއުން) އެއްބަސްވުން ބާޠިލުކުރެވިދާނެ ޙާލަތްތައް އެއްބަސްވުމުގައި ބަޔާންވެގެންވާނަމަ، އެ މުއްދަތުގައި ފްލޯރތައް ޙަވާލުނުކުރުމުން އެއްބަސްވުން ބާޠިލު އެއްބަސްވުމަކަށް ނުވާނެއެވެ؛ ސުޕްރީމް ކޯޓުގެ އަޙްމަދު ޢަލީ ވ. ޢަބްދުﷲ ލަޠީފް (2017/SC-A/07) ގެ އުޞޫލު، ވާޤިޢާ އެއްގޮތް މި މައްސަލައަށް ތަޠުބީޤުކުރެވެންޖެހެއެވެ.

HN2 ފަރާތެއްގެ ފަރާތުން ދަށުކޯޓަށް ހެކި ހުށަހެޅުމުގައި އީމެއިލް އެޑްރެހުގެ އޮޅުމެއް އަރާފައިވާއިރު، އެ ހެކިތައް އެއްފަރާތްކޮށް މައްސަލައިގައި ގޮތް ކަނޑައެޅުމަކީ އެންމެ އިންސާފުވެރި ގޮތް ނޫނެވެ؛ އެ ހެކިތައް ދަށުކޯޓަށް ހުށަހަޅައި، ރިޢާޔަތްކޮށް، ވާޤިޢާ ކަށަވަރުކޮށް އަލުން ގޮތެއް ކަނޑައެޅުމަށް މައްސަލަ ތަޙްވީލުކުރަންޖެހެއެވެ.

HN3 ޢިމާރާތް ކޮށްފައިވަނީ އެއްބަސްވުމުގެ ދަށުން، ކުއްޔަށްދިން ފަރާތުގެ އެނގުމާއި ފެނުމާއި ރުހުމާއެކުކަން ކަށަވަރުވާނަމަ، ކުއްޔަށްދިން ފަރާތާ ފްލޯރތައް ޙަވާލުކުރަންޖެހޭ މުއްދަތުގައި ޙަވާލުނުކުރުމަކީ ހަމައެކަނި އެ ސަބަބަށް ބަލައި އެއްބަސްވުން ބާޠިލުކުރެވިދާނެ ސަބަބެއް ނޫނެވެ.

HN4 އެއްބަސްވުން ބާޠިލުކުރަންޖެހޭ ޤާނޫނީ ސަބަބެއް ދަށުކޯޓަށް ފެނިއްޖެ ޙާލަތުގައިވެސް، އެއްބަސްވުން ބާޠިލުކުރެވޭނީ އެއްބަސްވުމުގައިވާ ގޮތަށް ޢިމާރާތްކުރި ފަރާތަށް ބަދަލު ދިނުމަށްފަހުގައެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުސައިން މަޒީދު، މުޙައްމަދު ނިޔާޒް، ފާޠިމަތު ފަރްހީޒާ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙުސައިން މަޒީދު · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، ފާޠިމަތު ފަރްހީޒާ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1މިއީ، ސިވިލް ކޯޓުގެ ނަންބަރު 3385/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ގއ.ދާންދޫ، […] މުޙައްމަދު ނަބީލް ޢަބްދުލްޤަދީރު )އައިޑީ( ގެ ފަރާތުންދިވެހިރާއްޖޭގ ހައިކޯޓށަ ހުށަހެޅުމުން ބެލި ޤިޟިއްޔާއވެ. މި ޤަޟިއްޔާގައި އިސްތާއުނާފު ރައްދުވާފަރާތަކީ މާލެ، […] އާމިނަތު ޢަފިއްޔާ )އައިޑީ( އެވެ.

2މި ޤަޟިއްޔާގެ ޚުސޫމާތުގައ ހިމެނޭ […] އިވ ކިޔާ ގޯތި މިހާރު ރެޖސްޓްރީ ކާރެވިފައިވަނު އިސްތިއުނާފެ ރައްދުވު އާމިނަތު ޢަފިއްޔާ އާއި އާމިނަތު ޢަފިއްޔގ ކުޑަ 2 ކުދިން ކަމަށްވާ މަރްޔަމް ޣުނައިސ އިޤްބާލް )އައިޑީ( އާއި މުޙައްމަދު އުނައިޒް އިޤްބާލް )އައިޑީ( ގެ ނަމުގައި ކަން އެ ގޯތީގެ "ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ" އިން އެނގެން އޮތުމާއި، މިކުދިނ މިހާރު ތިބީ ދައުލަތުގެ )މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ، އެންޑް ސޯޝަލްސަރވިސަސް( ބެލުމުގެ ދަށުގައިކަނ މިކޯޓުން ބެލިބެލުމުން އެނގެން އޮތުމުން، އެކުދިންގެ މަސްލަހަތުގައި މި މައްސަލައް ށ ދައުލަތު ތަދައްޚުލް ކުރެވިފައިވެއެވެ. އަދި ދަށު ކޯޓު މަރުޙަލާގައވެސި މިފަދައިންދައުލަތް ތަދައްޚުލުކުރުވާފައވާކަނ ދަށް ކޯޓުގު ރިޕޯޓަށް ބެލުމުން އެނގެއެވެ.

މައްސަލައިގެ ފަސްފަހަތް

3ސިވިލް ކޯޓުގެ ނަންބަރު 212/Cv-C/2014 ޤަޟިއްޔާއިން މާލެ، […] މުޙައްމަދު އިޤްބާލް )( އަށް ލިބިދީފައިވާ، […] އެވެ ކިޔާ ބަންޑާރަގޯތީގެ ހުޅަނގުއުތުރުން ބުލްބުލްގޯޅިން ވަދެ ނިކުމެވޭގޮތަށް އޮންނަ 320 އަކަފޫޓުގެ ބިމުގައި މުޙައްމަދު ނަބީލް ޢަބްދުލްޤަދީރު އަމިއްލަ ޚަރަދުގައި އިންފާރު ރާނއި، ފެނާއި ނަރުދަމާލައި،ސަރުކާރުން ހުއްދަދޭގޮތުގެ މަތިން އެ ތަނުގައި 5 ބުރީގެ އިމާރާތެއް 5 އަހަރު ތެރޭގައި ކުރުމަށްޓަކައިމުޙައްމަދު އިޤްބާލ އާއް މުޙައްމަދު ނަބީލް ޢަބްދުލްޤަދީރުއާ ދެމެދު 25 ޑިސެންބަރު 2015 ގްއިއެއްބަސްވުމެއްގައި ސޮއިކޮށފައިވެއެވެ. މ އެއްބަސްވުމުގައި މުޙައްމަދު އިޤްބާލްގ އެއިރުގެ އަންހެނުން އަދި ޕަވަރ އޮފް އެޓަރނީ ދީފައިވާ އާމިނަތު ޢަފިއްޔާގެ ފަރާތުންވެސް ސޮއިކޮށްފައިވެއެވެ.މުޙައްމަދު އިޤްބާލ އަކް ބިން ކުއްޔަށް ދޫކުރި ފަރާތެވެ. އަދި މުޙައްމަދު ނަބީލް ޢަބްދުލްޤަދީރު އަކީ ކުއްޔަށް ހިފި ފަރާތެވެ.

4ބުނެވުނު އެއްބަސްވުމުގެ މުއްދަތަކީ މީލާދީ 18 އަހަރުގެ މުއްދަތެވެ. އެއީ 2016 ވަން އަހަރުން ފެށިގެން 2033 ވަނަ އަހަރުގެ ނިޔަލަށެވެ. އަދި ކުއްޔަށް ހިފި މުޙައްމަދު ނަބީލް ޢަބްދުލްޤަދީރުއަށ ލިބް ފްލޯތަކަކީ ގްރައުންޑް ފްލޯރ، ފަސްޓް ފްލޯރ އަދ ސެކަންޑް ފްލޯރ ކަމުގައި އެއްބަސްވުމުގ 3 ވަނަ މާއްދާގައި ބަޔާންވެގެންވެއެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 5 އަހަރު ތެރޭގައި 2 ފްލޯރ ކުއްޔަށް ދިން ފަރާތާ ޙަވާލުކުރެވޭނެކަމަށް އެއްބަސްވުމުގެ 9 ވަނަ މާއްދާގައިވެއެވެ.އަދި ބާކީހުރި ފްލޯރތައް ކުއްޔަށްދިން ފަރާތާ ޙަވާލުކުރެވޭނީ އެއްބަސްވުމުގެ މުއްދަތު ނިމުމުން ކަމަށް ބަޔާންވެގެންވެއެވެ.

5ކުލިދައްކަން އެއްބަސްވެފައިވާ ގޮތަށް ބަލާއިރު، ފުރަތަމަ 6 މަހުގައި ކުލީގެ ގޮތުގައި 5,000/- ރ. )ފަސްހާސް ރުފިޔާ( އަދި އެއަށްފަހު ހިނގާ ކޮންމެ މަހަކަށް، މަހަކު 12,000/- ރ. )ބާރަހާސް ރުފިޔާ( ދައްކަންޖެހެއެވެ. އަދި ކުއްޔަށް ދިން ފަރާތަށް ގެއަށް ވަދެވެންދެން މަހަކު 12,000/- ރ. )ބާރަހާސް ރުފިޔާ( ދައްކަމުން ގެންދަންޖެހޭނެކަމަށ އެއްބަސްވުމުގް 8 ވަނަ މާއްދާގައި ވެއެވެ.

6އެއްބަސްވމުގު 15 ވަނަ މާއްދާއަށް ބަލާއިރު، އެއްބަސްވުމުގައ ސޮއިކުރާ ތާރީޚުން ފެށިގެން 15 އަހަރު ނުވަނީސް އެއްވެސް ޙާލަތެއްގައި ޢިމާރާތް ނުވަތަ ޢިމާރާތުން ބައެއްވެސް އަތުނުލެވޭނެކަމަށ ބަޔާންވެގެނވެއެވެ. އަދ 15 އަހަރު ފުރިހަމަވުމަށްފަހުވެސް، 16 އަހަރު ފުރިހަމަނުވާނަމަ ޢިމާރާތް ނުވަތަ ޢިމާރާތުން ބައެއިނަމަވެސް އަތުލެވޭނީ ޢިމާރާތްކުރުމަށް ޚަރަދުވި ފައިސާ ކުއްޔަށްދިން ފަރާތުން ކުއްޔަށްހިފް ފަރާތަށް އެއްފަހަރާ ދިނުމަށްފަހުގައެ ކަމާއި އެނޫން ޙާލަތެއްގައި އެއްބަސްވުން ބާޠިލްނުކުރެވޭނެކަމަށާއި ޢިމާރާތް ނުވަތެ ޢިމާރާތުން ބައެއް ނަމަވެސް ނުނެގޭނެ ކަމަށް ބަޔާންވގެންވެއެވެ. ނަމަވެސް އެއްބަސްވުމުގ 14 ވަނަ މާއްދާގައިވާ ފަދަ ދިވެހިރާއްޖޭގެ ޤާނޫނާއި ގަވާއިދުތަކާ ޚިލާފުކަމެއަ ކުއްޔަށްހިފި ފަރާތުނ ކުރާނަމަ އެއްބަސްވުން ބާޠިލްކުރެވިދާނެކަން އެނގެއެވެ.

7އިސްވެ ބަޔާންކުރެވުނު އެއްބަސްވުން ވެވުނު ފަހުން ފެމިލީ ކޯޓުގެ ނަންބަރ 1933/Fm-C/2016 ޤަޟިއްޔާއިން، […] އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހާ އިމާރާތްތައް މުޙައްމަދު އިޤްބާލި ގ ފަރާތުން އެއިރުގެ އަނބި، އާމިނަތު ޢަފިއްޔާ އަދ 2 ދަރިންކަމަށްވާ މަރްޔަމް ޣުނައިސާ އިޤްބާލ އާއް މުޙައްމަދު އުނައިޒް އިޤްބާލ އަށް ހިބައިން ދީފައިވެއެވެ. އަދި ނަންބަރު ބ.18904 ރަޖިސްޓްރީ އަކީ މި 3 ފަރާތުގެ ނަމުގައި […] ކުރި އެވެ ކިޔާ ގޯއްޗާއި ޢިމާރާތް ރަޖިސްޓްރީ ކުރެވިފައިވާކަން އެނގޭ ލިޔުމެވެ. މި ލިޔުން ދަށު ކޯޓަށް ހުށަހެޅިފައިވެއެވެ.

8އިސްވެ ބަޔާންކުރެވުނު އެއްބަސްވުމާ އެ އްގޮތަށ އެއްވެސް ކަމެއް މުޙައްމަދް ނަބީލް ޢަބްދުލްޤަދީރުގ ފަރާތުނ ކޮށްފައިނުވާކަމަށް ބަޔާންކޮށް، އެއްބަސްވުން ބާޠިލްކޮށްދިނުން އެދި މުޙައްމަދު ނަބީލް ޢަބްދުލްޤަދީރުގ މައްޗަށް އާމިނަތު ޢަފިއްޔާ ސިވިލް ކޯޓުގައިދަޢުވާ ކުރިއެވެ. އެ މައްސަލަ ބަލާފައިވަނީ އެކޯޓުގެ ނަންބަރ 3385/Cv-C/2020 ޤަޟިއްޔާގައެ ވެ. އަދި އަންނަނިވި ފަދައިން ޙުކުމްކޮށްފައިވެއެވެ.

ސިވިލް ކޯޓުގެ ޙުކުމް

9ސިވިލް ކޯޓުގެ ނަންބަރު 3385/Cv-C/2020 ޤަޟިއްޔާގައިޙުކުމީ ކޮށްފައވަނ މިފަދައިންނެވެ. "ދެންފަހެ، އާމިނަތު ޢަފިއްޔާއާއި، މުޙައްމަދު ނަބީލް ޢަބްދުލްޤަދީރުއ ދެމެދާ […] )މއ.ހަތްކުރި( ޢިމާރާތްކޮށް ކުއްޔަށް ދިނުމުގެ އެއްބަސްވުމާއި މުޙައްމަދު ނަބީލް ޢަބްދުލްޤަދީރު ޚިލާފުވެފައިވާތީ އެ ޚިލާފުވުމުގެ ސަބަބުން ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުން ބާޠިލް ވެއްޖެކަމަށ ކަނޑައަޅައި، ޙުކުމް ކޮށްފީމެވެ." ސިވިލް ކޯޓުގެ ޙުކުމް ބިނާކޮށްފައިވާ މައިގަނޑު ސަބަބތައު

10ސިވިލް ކޯޓުގެ ނަންބަރު 3385/Cv-C/2020 ޤަޟިއްޔާގެ ނިންމުން ބިނާކޮށްފައިވަނީ އަންނަނިވ މައިގަނޑު ސަބަބތަކގެ މައްޗަށެވެ.

10.1. އެއްބަސްވުމުގެ އަސާސީ ޒިންމާއަކީ 2 ފްލޯރ ހަވާލުކުރުން ކަމުގައިވާއިރު، އެޒިންމާއާ ޚިލާފުވުމަކީ އެއްބަސްވުމުން ބާޠިލްކުރެވިދާނެ ސަބަބެއްކަމަށް ބެލެވުނު

10.2. ޢިމާރާތްކޮށްފައިވަނީ 3 ފްލޯރ ކަމަށްވުމާއި، ގްރައުންޑް ފްލޯރ، ފަސްޓް ފްލޯރ އަދި ސެކަންޑް ފްލޯރ އަކީ ކުއްޔަށް ހިފި ފަރާތަށް ލިބޭ ފްލޯރ ތަކަށް ވުމުން، ކުއްޔަށް ދިން ފަރާތަށް ޙަވާލުކުރާނެ ފްލޯރ އެއް ނެތް ކަމަށް ފެނުނު

10.3. އެއްބަސްވުމާ އެއްގޮތަށް ޢިމާރާތްކޮށްފައިނުވުމާއި، ކުއްޔަށްހިފި ފަރާތަށް ޙަވާލުކުރަންޖެހޭ ފްލޯރތައް ޙަވާލުކޮށްފައި ނެތުމާއި، ޙަވާލުކުރެވޭނެ ގޮތެއް ނެތުމުން އެއީ އެއްބަސްވުމުގެ އަސާސީ މާއްދާތަކާ ޚިލާފުވުން ކަމަށް ފެނުން، މިއެވެ. ސިވިލް ކޯޓުގެ އިސްވެ ބަޔާންކުރެވުނު ޙުކުމާމެދު ހިތްހަމަނުޖެހިގެން، މުޙައްމަދު ނަބީލް ޢަބްދުލްޤަދީރްގު ފަރާތުނީ އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފު ޤަޟިއްޔާއެވެ.

އިސްތިއުނާފީ ނުކުތާތައް

11ސިވިލް ކޯޓުގެ ނަންބަރު 3385/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފުކުރަމުންމުޙައްމަދު ނަބީލް ޢަބްދުލްޤަދީރގެ ފަރާތުނ އަންނަނިވި 03 )ތިނެއް( ނުކުތާ ހުށަހަޅާފައި ވެއެވެ. • ފުރަތަމަ ނުކުތާ އަކީ:ދިވެހިރާއްޖު ގޭ ސޕްރީމު ކޯޓުގް ނަންބަރ 2017/SC-A/07 ޤަޟިއްޔއާއާ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2015/HC-A-02/05 ޤަޟިއްޔާގައި އެއްބަސްވުމަކާ ޚިލާފުވެގެން ބާޠިލްކުރުމުގައި ބަލަންޖެހޭކަމަށް ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް، އިސްތިއުނާފުކުރާ ފަރާތުން އެއްބަސްވުމާ ޚިލާފުވފައިވާކަމިށާއި، އަދ ދިވެހިރާއްޖޭހެ ސްޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/85 ޤަޟިއްޔާ ގައް އެއްބަސްވުމާ ޚިލާފުވެގެން އެއްބަސްވުނ ބާޠިލްކުރަންޖެހޭތޯ ކަނޑައެޅުމުގައި ބަލަންޖެހޭކަމަށް ބަޔާންކޮށްފައިވާ އުޞޫލުތަކާއި އަދ އެއްބަސްވުމާ ޚިލާފުވިކަމަށް ބުނާފަރާތުނ ވެފައިވް ޚިލާފަކާ އެއްބަސްވުން ބާޠިލްކުރެވިދާނެފަދ ޚިލާފެއްތޯ ބެލުމުގައި އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް މައްސަލަ ނިންމަވާފައިވ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ދެވަނަ ނުކުތާ އަކީ:ދިވެހިރާއްޖޭގ ސޕްރީމު ކޯޓުގް ނަންބަރު 2020/SC-A/100 އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލ ޙަސަން SC 30 )2021( ޤަޟިއްޔާގައި ކަނޑައަޅާފައިވަޤާނޫނީ އުޞޫލާ ޚިލާފް ށ، ޤާނޫނީ ސަބަބު ބަޔާންކުރުމިނުލައި، އިސްތިއުނާފަށް އެދި ހުށަހަޅާ ފަރާތުނ ހުށަހެޅާ ހެކި ޙާޟިރު ކޮށްފައނުވ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ތިންވަނަ ނުކުތާއަކީ:ދިވެހިރާއްޖޭގު ސޕްރީމު ކޯޓުގް ނަންބަރ 2019/SC-A/35 އާމިނަތު އަރީޖް ޙުސައިން ވ. ޕީޖީ އޮފީސް SC 35 )2021( ޤަޟިއްޔާގައި، ކަނޑައޅާފައިވަދަށު ކޯޓް ތަކުގައި ރައްދު ދަޢުވާ ބަލައިގަނެ ކުރިއަށް ގެންދެވޭނެ އުޞޫލާ ޚިލާފަށް، އިސްތިއުނާފަށް ހުށަހަޅާ ފަރާތުން ދަށު ކޯޓުގައި ހުށަހެޅި ރައްދު ދައުވާއަކީ އެ މައްސަލައިގެ ތެރޭގައި ބެލޭނެ ދަޢުވއެއާ ނޫންކަމަށް ކަނޑައަޅާފައވ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކާމެދު ދެފަރާތާ ން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞާ

12އިސްތިއުނާފު ނުކުތާތަކާ ގުޅިގެން މުޙައްމަދު ނަބީލް ޢަބްދުލްޤަދީރް ގެ ފަރާތުން ފާހަގަކޮށްފައިވަނ އެއްބަސްވުމަށް ޢަމަލުކުރުމުގެ ގޮތުނ 3 ބުރީގެ އިމާރާތެއް ކޮށްފައިވާ ކަމަށާއި، އަދި ކުއްޔަށްދިން ފަރާތަށް ޙަވާލުކުރެވި ފްލޯރތައް ޙަވާލުކުރެވެންދެން ކުލި ދައްކަމުން ދާންޖެހޭގޮތަށ އެއްބަސްވުމުގައިވެސް އެބައޮތް ކަމަށެވެ. އެހެންކަމުން މި ކަންކަމަށް ރިޢާޔަތްކުރާއިރު، އެއްބަސްވުން ކުރިއަށްގެންދެވެނ އެބައޮތް ކަމަށާއި އެއްބަސްވުން ބާޠިލްކުރާނަމި ބާޠިލްކުރެވޭނީ ބަދަލު ދިނުމަށްފަހުގައިކަމަށެވެ. އަދި މިފަދަ އެއްބަސްވުންތަކާ ގުޅިގެން ޢަމަލުކުރަން އޮތްގޮތް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މައްސަލަތަކަށް ބެލުމުންވެސް އެނގޭކަމަށާއި ނަމަވެސް ދަށު ކޯޓުން މައްސަލަ ނިންމާފައިވަނީ މިފަދަ އުސޫލުތަކާ ޚިލާފަށް ކމަށެވެ.އަދި ދަށު ކޯޓަށި ހެކި ލިސްޓަކާއި ހެކިތަކެއް ހުށަހެޅި ކަމަށާއި އެހެނަސް އެ ލިޔެކް ޔުން ފޮނުވިފައިވަނީ ލިޔުމުގެ ކުށަކުން އެހެނ މެއިލް އަކަށް ކަން އެނގިފައިވާކަމަށާއި ނަމަވެސް ދަށު ކޯޓުގައި މައްސަލަ ހިނގިއިރު އެކަނ ފާހަގަކުރެވިފައިނުވާކަމަށެވެ.ނަމަ ވެސް އެ ހެކިތަކަށް ބެލުމުން، 3 ބުރީގެޢިމާރާތްކޮށްފައިވަނީ ނަގަންޖެހޭ ހުއްދަތައް ނަގައިގެން، އަސްލު އެއްބަސްވުން ވެވުނު ފަރާތުގެ އެންގުމާ ފެނުމުގެ ތެރެއިންކަން އެނގޭނެ ކަމަށެވެ. އެހެންކަމުނ އެއްބަސްވުން ބާޠިލްކަމަށްދަށު ކޯޓު ން ކަނޑައެޅި ކަނޑައެޅުން ބާޠިލކޮށްދިނުމަށ އެދޭކަމަށެވެ. 13 ޖަވ. ބުގައި އާމިނަތު ޢަފިއްޔާގެ ފަރާތުން ބުނެފައިވަނީ އެއްބަސްވުމާ އެއްގޮތަށުމުޙައްމަދު ނަބީލް ޢަބްދުލްޤަދީރގ ފަރާތުން ޢިމާރާތްކޮށްފައިނުވާކަމަށާއި، އެއްބަސްވުމާ އެއްގޮތަށް ފްލޯރތައްވެސް ޙަވާލުކޮށްފައިނުވާކަމަށެވެ.އަދި ކުލިވެސް ދައްކަމުން ނުދާކަމަށެވެ. މީގެ އިތުރުން މުޙައްމަދު ނަބީލް ޢަބްދުލްޤަދީރުގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ކަމަށްބުނާ ހެކިތަކަކަ އެކޯޓށ ހުށަހެޅުނު ހެކިތަކެއް ނޫންކަމަށާއި އެކަންކަމާ ގުޅިގެން ވާހަކަދެއްކުމުގެ ފުރުޞަތުވެސް ދަށު ކޯޓުގައި ލިބިފައިނުވާކަމަށެވެ. އެހެންކަމުން އެދޭގޮތަކީ ދަށު ކޯޓުގެ ޙުކުމަކީ ސައްޙަ ޙުކުމެއް ކަމަށް ކަނޑައަޅައިދިނުންކަމަށެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާއާއި ދެވަނާ ނުކުތާއާމެދު ޝަރީޢަތުން ރިޢާޔަތްކުރިގޮތް

14HN1HN2HN3HN4އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/07 ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރާ 2015/HC-A-02/05 ޤަޟިއްޔާގައި އެއްބަސްވުމަކާ ޚިލާފުވެގެން ބާޠިލްކުރުމުގައި ބަލަންޖެހޭކަމަށް ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް، އިސްތިއުނާފުކުރާ ފަރާތުނ އެއްބަސްވުމާ ޚިލާފުވެފައިވާކަމަށާއި، އަދި ދިވެހިރާއްޖޭގ ސްޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/85 ޤަޟިއްޔާ ގައް އެއްބަސްވުމާ ޚިލާފުވެގެން އެއްބަސްވުން ބާޠިލްކުރަންޖެހޭތޯ ކަނޑައެޅުމުގައި ބަލަންޖެހޭކަމަށް ބަޔާންކޮށްފައިވާ އުޞޫލުތަކާއި އަދި އެއްބަސްވުމާ ޚިލާފުވިކަމަށް ބުނާފަރާތުނ ވެފައިވް ޚިލާފަކާ އެއްބަސްވުނ ބާޠިލްކުރެވިދާނެފަދަ ޚިލާފެއްތޯ ބެލުމުގައި އާ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް މައްސަލަ ނިންމަވާފައިވ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. އަދި އިސްތިއުނާފީ ދެވަނަ ނުކުތާއަކީ ހެކި ޙާޟިރުކުރުމާގުޅޭ ނުކުތާއެވެ.މިނުކުތެތަކާ ށ ޝަރީޢަތުން ރިޢާޔަތްކުރިއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

14.1. އިސްތިއުނާފުކުރެ ފަރާތުން ފާހަގަކޮށްފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގަ އަޙްމަދު ޢަލީ ވ. ޢަބްދް ﷲ ލަޠީފުމައްސަލައަކީވެސް ޢިމާރާތްކުރުމުގެ އެއްބަސްވުމަކާ ގުޅިގެން އުފެދުނު ޚުސޫމާތެއްގެ މައްސަލައެކެވެ. އެ މައްސަލައިގެ ވާގިއާ އަށް ބެލިއިރު، ޚުސޫމާތު އްފެދުނ އެއްބަސްވުމުގައި ޢިމާރާތެއާ ކުރުމަށް ވަކި މުއްދަތެއް ކަނޑައެޅިފައިވެއެވެ. އަދި ކުއްޔަށްދޭ ފަރާތް . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/07 ޤަޟިއްޔާ ޙަވާލުކުރަންޖެހޭ ފްލޯރތައް ޙަވާލުކުރުމު ށަވެސ ވަކް މުއްދަތެއް ކަނޑައެޅިފައިވެއެވެ. ހަމައެއާއެކ އެ ފްލޯރތައް އެ މުއްދަތުގައި ޙަވާލުނުކުރެވިއްޖެނަމަ ޢަމަލި ކުރަން އޮތްގޮތި އެ އެއްބަސްވުމުގައ ބަޔާންވެގެންވެއެވެ. އަދި އެއްބަސްވުން ނިމުމަކަށް ގެނެވޭ ޙާލަތްތައްވެސް އެ އެއްބަސްވުމުގައ ބަޔާންވެގެންވެއެވެ. ބުނެވުނު އެއްބަސްވުމުގައިވާ ޢިމާރާތްކޮށް ނިމުމަކާ ހަމައަށް ގޮސްފައިވަނިކޮށ ކުއްޔަށްދިން ފަރާތް ނިޔި ވިއެވެ. އަދ އެއްބަސްވުމުގައިވާ މުއްދަތުގައި ޙަވާލުކުރަންޖެހޭ ފްލޯރތައް ޙަވާލުކޮށްފައިނުވާތީ އެއްބަސްވުން ބާޠިލްވެފައިވާކަމަށ ކުއްޔަށްދިން ފަރާތުގެ ވާރިސުން ފާހަގަކުރިއެވެ. ނަމަވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލައިގައި ކަނޑައަޅުއްވާފައިވަނ އެއްބަސްވި މުގައިވާ ފްލޯރތައް ޙަވާލުކުރަންޖެހޭ މުއްދަތުގައި ޙަވާލުނުކުރެވިއްޖެނަމަ ޢަމަލުކުރަން އޮތްގޮތް އެއްބަސްވުމުގައި ބަޔާންވެގެންވުމާއި، ޢިމާރާތްކުރުމަށް ދެވިފައިވާ މުއްދަތުގައި މުޅި ޢިމާރާތް ނިންމާނުލެވިއްޖެނަމަ ޢަމަލުކުރަން އޮތްގޮތާއ އަދި އެއްބަސްވުން ބާޠިލްކް ރެވިދާނ ޙާލަތްތައް އެއްބަސްވުމުގައި ވާތީ، އެ އެއްބަސްވުމަކީ ބާޠިލް އެއްބަސްވުމެއް ކަމަށް ބެލެވެން ނެތް ކަމަށެވެ.

14.2. މި އުސޫލު މި މައްސަލައަށް ތަޠުބީޤުކުރަން ބަލާއިރު، 5 އްހަރުދުވަސް ތެރޭގައި ޢި މާރާތްކޮށ ނިނާ މުމަށާއި، އެއްބަސްވުމުގައި ސޮއިކުރެވޭތ 5 އަހަރާ ފުރުމުން، ކުއްޔަށްދިން ފަރާތް ޙަވާލުކުރަންޖެހޭ ފްލޯރތައް ޙަވާލުކުރަންޖެހޭކަން އެއްބަސްވުމުގައި ބަޔާންވެގެންވެއެވެ. މީގެ އިތުރުން އެފަދައިން ޙަވލުނުކުރެވިއްޖެ ޙާލަތެއްގައިވެސެ ޢމަލުކުރެވިދާނަގޮތްވެސް އެއްބަސްވުމުގައ ބަޔާންވެގެންވެއެވެ. އެއީ ކުލި ދައްކަމުން ދިއުމުވެ. މީގެ އިތުރުން އެއްބަސްވުން ބާޠިލްކުރެވިދާނެ ގޮތްތައްވެސ އެއްބަސްވުމުގް 15 ވަނަ މާއްދާގައި ބަޔާންވެގެންވެއެވެ.އަދި މި މައްސަލައިގައުއެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުއްޔަށްދިން ފަރާތާ ޙ ވާލަކުރަންޖެހ ފްލޯރތައް ޙަވާލުކުރެވފައިނުވެއެވެ. ކަންމިހެން އޮތްއިރު، އިސްވެ ބަޔާންކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމު ކޯޓުގެ އަޙްމަދު ޢަލީ ވ. ޢަބްދް ﷲ ލަޠީފު މައްސަލައާއި މި މައްސަލައިގެ ވާގިއާ އެއްގޮތްކަން އެނގެއެވެ. އަދި އެ މައްސަލައިގައި ކަނޑައެޅުންކަނކަނ މި މައްސަލައަށްވެސް އެގޮތުގައި ތަޠުބީޤުކުރެވެންޖެހޭކަމުގައި ދެކެމެވެ.

14.3. މުޙައްމަދު އިޤްބާލ އާއް މުޙައްމަދު ނަބީލް ޢަބްދުލްޤަދީރުއާ ދެމެދު 25 ޑިސެންބަރު 2015 ގައި ވެވުނު އެއްބަސްވުމުގައ 5 ބުރީގެ ޢިމާރާތެއް ކުރުމަށް އެއްބަސްވެފައިވާއިރު، އެ އެއްބަސްވުމާ ގުޅިގެނ 3 ބުރީގެ ޢިމާރާތެއް ކުރެވިފައިވާކަންދަށ ކޯޓުނު ވަން ފާހަގަކޮށްފައެވެ. އަދި މުޙައްމަދ ނަބީލް ޢަބްދުލްޤަދީރުގެ ފަރާތުންވެސް ދަށު ކޯޓުގައި އަދި ދިވެހިރައްޖޭގެ ހައިކޯޓުގައިވސ އެކަން އެގޮތަށް ފާހަގަކޮށްފައިވެއެވެ.

14.4. އަދިޢިމާރާ ތްކުރެވުނ ކުއްޔަށް ދިން ފަރާތް އަދި އެއިރުގެ ވެރިފަރާތް މުޙްމަދު އިޤްބާލްގެއެނގުމާއި ފެނުމގެ ތެރެއިން، އެފަރާތުގެ ރުހުން ލިބިގެން ކަމަށާއި އެކަމާ ގުޅިގެން ދަށު ކޯޓަށް ހެކިތަކެއް ހުށަހެޅު ކަމަށާއި ނަމަވެސް ހެކިލިސްޓާއި ހެކިތައް އޮޅުމަކުން އެހެން މެއިލްއަކަށް ފޮނުވުންކަމަށް ބަޔާންކޮށް ދިވެހިރާއްޖޭގެ ހައިކޯޓަށް އެ މެއިލް، އެޓޭޗކުރެވުނ ލިޔުންތަކާއެކު މުޙައްމަދު ނަބީލް ޢަބްދުލްޤަދީރުގްޤާނޫނ ވަކީލު ފޯވާޑްކޮށްފައިވެއެވެ. އެހެންކަމުން އެއީ ހަމަ ޙަޤީޤަތުގައިވެސް އަރާފައިވާ އޮޅުމެއްކަމަށް ޤަބޫލުކުރެވެއެވެ. އަދި ދަށު ކޯޓުގެ ރިޕޯޓުންވެސް އެ ހެކިތަކަށް ރިޢާޔަތްކޮށްފައިވާކަނ އެނގެން ނެތުމާއި، އާމިނަތު ޢަފިއްޔާގެ ފަރާތުން އެ ހެކިތަކަކީ ދަށު ކޯޓަށް ހުށހެޅުނ ހެކިތަކެއްނޫންކަމަށް ފާހަގަކޮށްފައިވާތީ،ދަށު ކޯޓު ގެ މައްސަލައިގެ ތެރެއިނު އެ ހެކިތަކަށް ރިޢާޔަތްކުރެވިފައިނވް ކަމަށް ބެލެވެއެވެ.ނަމަވެސް ދަށް ކޯޓަށު ހުށަހެޅިކަމަށް މުޙައްމަދް ނަބީލް ޢަބްދުލްޤަދރުގެ ފަރާތުނ ބަޔާންކުރާ ލިޔެކިޔުންތަކަށް ބެލުމުން، ޢިމާރާތްކޮށްފައިވަނީ ކުރެހުން . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/07 ޤަޟިއްޔާ ފާސްކޮށް ހުއްދަތަކެއް ނަގައިގެންކަމަށ ފެންނަން އެބައޮތެވެ. އެހެންކަމުން، އަހުރެންނަށް ބުރަވެވެނީ،ދަށު ކޯޓަށު މުޙައްމަދް ނަބީލް ޢަބްދުލްޤަދީރުގެ ފަރާތުން އީމެއިލް މެދުވެރިކޮށް ހެކި ހުށަހް ޅުމުގައި އަރާފައިވާ އޮޅުމުގެ ސަބަބުނ އެ ހެކިތައް އެއްފަރާތްކޮށް މައްސަލައިގައި ގޮތް ކަނޑައެޅުމަކީ އެންމެ އިންސާފުވެރިގޮތް ނޫންކަމުގައެވެ. އަދ ބުނެވުނު ހެކިތައް ދަށު ކޯޓަށް ހުށަހެޅި، އެ ހެކިތަކަށް ދަށު ކޯޓުނު ރިޢާޔަތްކޮށް، މައްސަލައިގެ ވާގިއާ ކަށަވަރުކުރުމާއެކ މައްސަލައިގައި އަލުން ގޮތެއް ކަނޑއަޅުމަށްޓަކައި ތަޙްވީލުކުރަންޖެހޭކަމުގައި އަހުރެން ދެކެމެވެ.

14.5. އަދި މައްސަލައިގެ ވާގިއާ ކަށަވަރުވެ، މުޙައްމަދު ނަބީލް ޢަބްދުލްޤަދީރުގެ ފަރާތުން ކޮށްފައިވާ ޢިމާރާތަކީ އެއްބަސްވުމުގ ދަށުން، ކުއްޔަށްދިންފަރާތުގެ އެނގުމާއި ފެނުމުގެ ތެރެއިން އެފަރާތުގެ ރަހުނު އޮވެގެން ކޮށްފައިވާ ޢިމާރާތެއްކި ން ކަށަވަރުވާ ޙާލަތުގައި، ކުއްޔަށްދިންފަރާތ ޙަވާލުކުރަންޖެހޭ ފްލޯރތައް ޙަވާލުކުރަންޖެހޭ މުއްދަތުގައި ޙަވާލުކުރެވިފައިނެތުމަކީ ހަމައެކަނި އެސަބަބުގެ މައްޗަށ ބަލައި އެއްބަސްވުން ބާޠިލްކުރެވިދާނެ ސަބަބެއްކަމުގައި އަހުރެން ނުދެކެމެވެ. އަދި އެއްބަސްވުން ބާޠިލްކުރަންޖެހޭ ޤާނޫނީ ސަބަބެއް އޮތްކަމަށް ދަށު ކޯޓަށް ފެނިއްޖެ ޙާލަތެއްގައިވެސްއެއްބަސްވުން ބާޠިލްކުރާނަމަ، އެކަން ކުރެވެންޖެހޭނީ އެއްބަސްވުމުގައިވާގޮތަށ ޢިމރާތްކުރިފަރާތަށް ބަދަލުދިނުމަށްފަހުގައިކަމުގައި ދެކެމެވެ. މިނުކުތާގައި މިފަދައިން ކަނޑައެޅިގެން ދިއުމުން، ޢިމާރާތްކުރުމުގެ ޚަރަދާއި ކުލީގެ ފައިސާ ހޯދުމަށް އެދި ދަށު ކޯޓަށް މުޙައްމަދު ނަބީލް ޢަބްދުލްޤަދީރު ހުށަހެޅި ނުކުތާއާމެދު ދަށު ކޯޓުން ގޮތެއް ކަނޑައަޅާފީ އިނުވާކަމަށ ބުން ހުށަހެޅ އިސްތިއުނާފ 3 ވަނަ ނުކުތާއަށް މިހިނދުގައި ރިޢާޔަތްކުރުމުގެ ބޭނުމެއް އޮތްކަމުގައި ނުދެކެމެވެ.

ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު؛

15ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ފާޠިމަތު ފަރްހީޒގާ ރައުޔު؛

16ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

17މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައިމ ޤަޟިއްޔާ އިސްތިއުނާފުކުރުމެށ ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 )ތިރީސް( ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތަގެ ރިޕޯޓު ޚަސްމުންނަށު ޙަވާލުކޮށްފައިނުވާނަމ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ.އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ހ( . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ށ( . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ނ(

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ