ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2022/HC-A/176

ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޙުސާމް ޢިނާދު

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓުގެ ރަޖިސްޓްރީގައި އިސްތިއުނާފެއް ނުފެނޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 9 އޮގަސްޓް 2026ދަށު ކޯޓު: ވަޒީފާއާބެހޭ ޓްރައިބިއުނަލް 79/VTR/2021ބާވަތް: ވަޒީފާއާބެހޭ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ވަޒީފާއާބެހޭ ޓްރައިބިއުނަލް 79/VTR/2021
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ވަޒީފާގެ ލިޔުމުން ވެފައިވާ އެއްބަސްވުމުގައި ނިމޭ ތާރީޚެއް ބަޔާންކޮށްފައިވިޔަސް، 2 އަހަރަށްވުރެ ގިނަ ދުވަސް ވަޒީފާ އަދާކޮށްފައިވާ މުވައްޒަފެއްގެ އެއްބަސްވުމަކީ މުއްދަތު ކަނޑައެޅިފައިނުވާ އެއްބަސްވުމެއް ހެއްޔެވެ؟ މުއްދަތު ކަނޑައެޅިފައިވާ އެއްބަސްވުމުގެ 6 މަހުގެ ޝަކުވާ މުއްދަތު ހިންގޭނެ ހެއްޔެވެ؟ އަދި ހެކިން ކަށަވަރުނުކޮށް މުވައްޒަފު އެދުނު ޢަދަދު ބަދަލުގެ ގޮތުގައި ނަގައިދިނުން ރަނގަޅު ހެއްޔެވެ؟

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ޓްރައިބިއުނަލްގެ ނިންމުން ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން، އެއްބަސްވުމަކީ މުއްދަތު ކަނޑައެޅިފައިވާ އެއްބަސްވުމެއްތޯ ދެނެގަތުމަށް ހަމައެކަނި އެއްބަސްވުމުގައި ނިމޭ ތާރީޚު ބަޔާންކޮށްފައިވޭތޯ ބެލުމަކުން ނުފުދެއެވެ؛ ވަޒީފާގެ ގުޅުމުގައި ހޭދަވި މުއްދަތާއި، 2 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާނަމަ ހަވާލުކުރެވިފައިވާ މަސައްކަތަކީ ދާއިމީ މުވައްޒަފަކާ ހަވާލުކުރާ ޒާތުގެ މަސައްކަތްތޯއާއި، ދެފަރާތުގެ ޢަމަލުން ދާއިމީ މުވައްޒަފަކާ މެދު ޢަމަލުކުރާ އުޞޫލުން ޢަމަލުކޮށްފައިވޭތޯ ބަލަން ޖެހެއެވެ.

HN2 2 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތުގައި ގެންގުޅެފައިވާނަމަ، ލިޔުމުން ވެފައިވާ އެއްބަސްވުމުގައި 2 އަހަރު ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ބަޔާންކޮށްފައި އޮތްނަމަވެސް، އެއީ މުއްދަތު ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއް ކަމުގައި ބެލޭނެއެވެ (13 ވަނަ މާއްދާގެ (ޅ) އަދި (ކ)).

HN3 އެއްބަސްވުމަކީ މުއްދަތު ކަނޑައެޅިފައިނުވާ އެއްބަސްވުމެއް ކަމުގައި ކަނޑައެޅިއްޖެނަމަ، މުއްދަތު ކަނޑައެޅިފައިވާ އެއްބަސްވުމެއްގެ ދަށުން ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅަންޖެހޭ މުއްދަތާ ގުޅޭ އިޖުރާއީ މާއްދާ (ޓްރައިބިއުނަލްގެ ގަވާއިދުގެ 8 (ހ)) ތަޠްބީޤު ނުކުރެވޭނެއެވެ.

HN4 ގެއްލުމުގެ ބަދަލަށް އެދޭނަމަ، ޙަޤީޤަތުގައި ގެއްލުންވި މިންވަރު ހެކިން ސާބިތުކުރުމަކީ އެދޭ ފަރާތުގެ ޒިންމާއެކެވެ.

HN5 ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރުމުގެ އަސާސީ ފަރުވާއަކީ ވަޒީފާ އަނބުރާދިނުމާއި މެދުކެނޑުނު މުއްދަތުގެ މުސާރަ ނަގައިދިނުން ކަމުން، އެ މިންވަރަށްވުރެ ކުޑަ ޢަދަދެއް ބަދަލުގެ ގޮތުގައި އެދިއްޖެނަމަ، މައްސަލަ ރައްދުވާ ފަރާތުގެ ޖަވާބަށް ރިޢާޔަތްކޮށް ގޮތެއް ނިންމުމަކީ ފަނޑިޔާރަށް/ޓްރައިބިއުނަލްގެ މެމްބަރަށް ލިބިގެންވާ އިޚްތިޔާރެކެވެ.

HN6 ޓްރައިބިއުނަލް އިޚްތިޔާރު ބޭނުންކުރުމުން އިސްތިއުނާފުކުރާ ފަރާތަށް ބޭއިންސާފެއް ކުރިމަތިވެފައިވާކަން ނޭނގޭނަމަ، އެ އިޚްތިޔާރުގެ ތެރެއަށް އިސްތިއުނާފީ ކޯޓު ވަންނާކަށް ނުޖެހެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ނައުފަލް އިބްރާހީމް
ބެންޗު
މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޙަސަން ޝަފީޢު، ފާޠިމަތު ފަރްހީޒާ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، ފާޠިމަތު ފަރްހީޒާ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔު

މައްސަލައިގެ ތަޢާރުފު

1ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2021VTR//79 މައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ކުރެއްދޫ ހޯލްޑިންގްސް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް")ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. އިސްތިއުނާފ ރައްދުވް ފަރާތަކީ ށ.ފނަދު / ވިނަމާ، މުޙައްމަދު ޙުސާމް ޢިނާދު (މީގެ ފަހުން "މުޙައްމަދު ޙުސާމް ޢިނާދ" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ.

މައްސަލައިގެ ކަންހިނގާފައިވާ ގޮތް

2މުޙައްމަދު ޙުސާމް ޢިނާދު އަކީ 02 ސެޕްޓެމްބަރު 2018 އިން ފެށިގެން ކުރެއްދޫ ހޯލްޑިންގްސގް ކާގޯ ކްލިއަރެންސް އޮފިސަރ ގެ މަޤާމުގައި ވަޒީފާ އަދާކުރަމުންދިޔަ ފަރާތެކެވެ.

3މުޙައްމަދު ޙުސާމް ޢިނާދު އެކުންފުނީގައި ވަޒީފާއަދާކުރަމުން ދަނިކޮށް ވަޒީފާގެ އެއްބަސްވުން އައު ނުކުރަން ނިންމައި ކުރެއްދޫ ހޯލްޑިންގްސްގެ ފަރާތުން 29 ޑިސެނބަރް 2020 ގެ ތާރީޚް ޖަހާފައިވާ ސީޓިއެއް އީ -މެއިލް މެދުވެރިކޮށް ފޮނުވާފައިވެއެވެ. އިސްވެ ބުނެވުނު މެއިލް ގައި މުޙައްމަދު ޙުސާމް ޢިނާދު ވަޒީފާގެ އެއްބަސްވުން 01 ޖަނަވަރީ 2021 ގައި ނިމުމަކަށް އަންނާނެކަމަށާއި، 29 ޑިސެނބަރް 2020 އިން ފެށިގެން ބާކީވާ ދުވަސްތަކުގައި ވަޒީފާއިން ނުނިކުތުމަށް އަންގާފައިވެއެވެ.

4މުޙައްމަދު ޙުސާމް ޢިނާދު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާއި ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި، ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީ، ބަދަލެއްގެ ގޮތުގައި -/65000ރ. ރަޖިސްޓަރީ ނަންބަރު 9/88-C ދރއވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 79/VTR/2021 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ މައްސަލައިގެ ޚުލާސާ (ފަސްދޮޅަސް ފަސްހާސް) ރުފިޔާ 07 (ހަތެއް) ދުވަސް ތެރޭގައި އެކީއެއްފަހަރާ ހޯދުމަށް އެދި ކުރެއްދޫ ހޯލްޑިންގްސް ރައްދުވާގޮތަށް މުޙައްމަދު ޙުސާމް ޢިނާދ ފަރާތުނު ވަޒީފާއާބެހް ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވެއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމިގޮތް

5ވަޒީފާއާބެހޭ ޓްރައިބިއުނަލގް ނަންބަރު 21VTR/20/79 މައްސަލައިގައި ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތުންނާއި މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި، މައްސަލަ މަޖިލީހުގައި ދެފަރާތުން ދެއްކި ވާހަކަތަކަށާއި ހެކިވެރިޔާގެ ހެކިބަހަށާއި، ދީފައިވާ ބަޔާންތަކަށް ރިޢާޔަތްކޮށް ބެލިއިރު، މައްސަލަ ހުށަހެޅި މުހައްމަދު ޙުސާމް ޢިނާދު 02 ސެޕްޓެމްބަރު 2018 އިން ފެށިގެން ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ކާގޯ ކްލިއަރެންސް އޮފިސަރުގެ މަޤާމުގައި ވަޒީފާ އަދާކުރަމުންދަނިކޮށް ދެފަރާތުގެ ދެމެދުގައި ވެފައިވާ ވަޒީފާގެ އެއްބަސްވުން އައު ނުކުރަން ނިންމާފައިވާތީއާއި، 31 ޑިސެމްބަރު 2020 ގައި 29 ޑިސެމްބަރު 2020 ތާރީޚު ޖަހާފައިވާ ސިޓީއެއް ކުރެއްދޫ ހޯލްޑިންގްސް ޕްރަވެޓ ލިމިޓެޑުން އީމެއިލް މެދުވެރިކޮށް ފޮނުވާފައިވާ ސިޓީގައި ދެފަރާތުގެ ދެމެދު ވެފައިއޮތް ވަޒީފާގެ އެއްބަސްވުން 01 ޖަނަވަރީ 2021 ގައި ނިމުމަކަށް އަންނާނެކަމަށާއި، 29 ޑިސެމްބަރު 2020 އިން ފެށިގެން އެ މަހުގެ ބާކީ އޮތް ދުވަސްތަކުގައިވެސ ވަޒީފާއަށް ނިކުތުމަށް ނޭދޭކަމަށްބުނެ ވަޒީފާއިން ވަކިކޮށްފައިވާތީ، މުޙައްމަދު ޙުސާމް ޢިނާދު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި، ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީ ބަދަލެއްގެ ގޮތުގައި - /65000ރ. (ފަސްދޮޅަސ ފަސްހާސް ރުފިޔާ) ހަތް ދުވަސް ތެރޭގައި އެކީއެއްފަހަރާ މުޙައްމަދު ޙުސާމް ޢިނާދުއަށ ދެއްކުމަށް ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި، ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ރައްދުވާ ގޮތަށް ހުށަހެޅި މި މައްސަލައިގައި، މުޙައްމަދު ޙުސާމް ޢިނާދު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޢޫ ޢދުލުވެރިކަނަ fairness) (substantive އަދި އިޖުރާއީ ޢދުލުވެރިކަނަ fairness) (procedural ޤާއިމުކުރެވިފައިވާކަމަށް ބުރަވެވެންނެތަތީ، މުހައްމަދު ޙުސާމް ޢިނާދ މައްސަލު ރައްދުވަ ފަރާތުގެ ވަޒީފާއިން ވަކިކުރި ވަކިކުރުމަކީ އެކަށީގެންވާ ސަބަބެއް ނެތި، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގައި ކަނޑައަޅާފައިވާ ހަމަތަކާ ޚިލާފު އަންފެއަރ ޑިސްމިސަލް dismissal) (unfair އެއްކަމުގައި ކަނޑައަޅައި، މުޙައްމަދު ޙުސާމް ޢިނާދުގެ ފަރާތުން ބަދަލުގެ ގޮތުގައި -/65000ރ. (ފަސްދޮޅަސް ފަސްހާސް ރުފިޔާ) ނަގައިދިނުމަށް ޞަރީޙަކޮށް ބަޔާންކޮށްފައި އޮތްއޮތުމަށް ރިޢާޔަތްކޮށް، މުޙައްމަދު ޙުސާމް ޢިނާދުގެ ފަރާތުން އެދިފައިވާ -/65000ރ. (ފަސްދޮޅަސ ފަސްހާސް ރުފިޔާ) ނަގައިދިނުމަކީ މި މައްސަލައިގައި އެންމެ ޢަދުލުވެރި ގޮތްކަމުގައި ކަނޑައަޅައި އިސްވެ ބަޔނާކުރެވުނ ފައިސު މިއަދާ (19 އޭޕްރީލް 2022) އިން ފެށިގެން (ރަސްމީ ބަންދުނޫން) 21 (އެކާވީސް) ދުވަހުގެތެރޭ މުޙައްމަދު ޙުސާމް ޢިނާދަށް އެކީ އެއްފަހަރާ ދިނުމަށްފަހު، އެކަން ހަމަޖެހޭތާ (ރަސްމީ ބަންދުނޫން) 03 (ތިނެއް) ދުވަހުގެ ތެރޭ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް މި މައްސަލަ ރައްދުވި ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިތެޑުގެ މައްޗަށް އަންގައި އަމުރުކޮށް މި މައްސަލަ ނިންމައިފީމެވެ". މިފަދައިންނެވެ.

އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތތައާ

6ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރ 2021VTR//79 މައްސަލަ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ކުރެއްދޫ ހޯލްޑިންގްސގް ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި 03 (ތިނެއް) ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛

1.6 މައްސަލަ ނިންމެވުމުގައި އިސްތިއުނާފު ރައްދުވާ ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ އަދުލުވެރިކަން ޤާއިމުކުރުމަކާއ ނުލައި ކަމަށި ކަނޑައަޅާފައިވަނީ ވަޒީފާއާބެހޭ ޤާނޫނު 13 ވަނަ މާއްދާގެ (ބ) އަދި (ޅ) އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،

2.6 ވަޒީފާގެ އެއްބަސްވުމާ ގުޅޭގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުން އެއްވެސް ޝަކުވާއެއް އުފުލުމަކާއ ނުލައި ކޮންޓްރެކްޓުގެ މުއްދަތު ހަމަވުމަށްފަހު، ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނެ މައްސަލަ ހުށަހަޅާ ފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/364 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޙިލާފަށ ކަމަށް ބުން ހުށަހެޅި ނުކުތާއާއި،

3.6 ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން މައްސަލަ ނިންމމުގައު އިސްތިއުނާފި ރައްދުވު ފަރާތަށް ގެއްލުމުގެ ބަދަލު ނގާދަ ފައިވަނީ ގެއްލުމުގެ ބަދަލު ނަގައިދިނުމާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލަތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކުގެ ތަފްސީލުގައި ދައްކާފައިވާ ވާހަކަ

7ފުރަތަމަ އިސްތިއުނާފީ ނުކުތާ ތަފްސީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވަނީ "ވަކިމުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއްނަމަ، މި މާއްދާގެ (ކ) ގައިވާ ޙާލަތުގައި މެނުވީ، އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނެކަމަށް ކަނޑައަޅާފައިވާ ތާރީޚުގައި އިތުރު ނޯޓިހެއް ދިނުމަކާނުލައި، އެ އެއްބަސްވުން ނިމުމަކަށް އަންނާނެ" ކަމަށެވެ. އަދި 13 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވަނީ "ވަކިމުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއްގެ މުއްދަތު ދެ އަހަރު ދުވަހަށްވުރެ އިތުރުވެގެން ނުވާނެއެވެ". ވަޒީފާގެ މުއްދަތު ހަމަވާ ތާރީޚކަ 01 ޖަނަވަރީ 2021 ގައި ކަން ބަޔާންކޮށްފައިވުމުން މިތާރީޚު ގެ ފަހުން ވަޒީފާގެ އެއްބަސްވުން ނިމުމަކަށް އަންނާނެކަން އެއްބަސްވުމުގެ މާއްދާތަކަށް ބެލުމުން އެނގެއެވެ. އަދި ވަޒީފާގެ އެއްބަސްވުމުގެ މުއްދަތާއި ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން އެއްވެސް ކަމެއް ފާހަގަކޮށްފައިނެތުމުން، އެއްބަސްވުމުގެ މުއްދަތާ ގުޅޭގޮތުން އެއްބަސްވެފައިވަނީ ކަމުގައި ޤާނޫނީ ގޮތުން ބަލަންޖެހޭނެކަމަށެވެ. ދެފަރާތުގެ ދެމެދުގައި ވެފައިވާ ވަޒީފާގެ އެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމެއްކަން ސާފުވާކަމަށެވެ. އެހެންކަމުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިސްތިއުނާފު ރައްދުވާ ފަރާތުގެ ވަޒީފާއަކީ މުއްދަތު ކަނޑައެޅިފައިވާ އެއްބަސްވުމެއް ނޫންކަމުގައި ކަނޑައަޅާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށެވެ.

8ދެވަނަ އިސްތިއުނާފީ ނުކުތާ ތަފްސީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/364 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅަންޖެހޭނީ ވަޒީފާގެ އެއްބަސްވުމާއި ގުޅިގެން ހުށަހަޅާ މައްސަލައެއް ގޮތުގައިކަމަށާއި ނަމަވެސް އިސްތިއުނާފު ރައްދުވާ ފަރާތުން ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވަނީ ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރުމުގެ މައްސަލައެއްކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވުނު ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކަށް ބަލާއިރު، މި މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލނު ހުށަހެޅުން ބާވަތުގެ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދެވިދާނެ މައްސަލައެއް ނޫންކަމަށެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގަ 8 ވަނަ މާއްދާގެ

(ހ) ގެ ދަށުން މުއްދަތު ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއް ދަށުން މުވައްޒަފަކު ވަޒީފާއިން އަދާކުރަން ފަށާ ތާރީޚުން ފެށގެނި ނުވަތަ އެ އެއްބަސްވުމުގެ ސޮއިކުރާ ތާރީޚުން ފެށިގެނު 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ މައްސަލައެއް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަންޖެހޭނެކަން ބަޔާންކޮށްފައި ވީނަމަވެސް މި މައްސަލަ ޓްރައިބިއުނަލަށް އެ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިނުވާކަމަށެވެ. އެހެންކަމުން ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/364 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި ޚިލާފަށް ކަމަށެވެ.

9ތިންވަނަ އިސްތިއުނާފީ ނުކުތާ ތަފްސީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމެވުމުގައި، ގެއްލުމުގެ ބަދަލު ނަގައިދީފައިވަނީ ކޮން ޤާނޫނީ އަސާސެއްގެ މައްޗަށް ބިނާކޮށްކަން ބަޔާންކޮށްދީފައިނުވާއިރު، އަދި އިސްތިއުނާފު ރައްދުވާ ފަރާތުން ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލަކީ އެފަރާތަށް ޙަޤީޤަތުގައިވެސް ލިބިފައިވާ ގެއްލުމުގެ ބަދަލެއްކަމުގައި އިސްތިއުނާފު ރައްދުވު ފަރާތުން ބަޔާންކޮށްފައިނުވާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ގެއްލުމުގެ ބަދަލު ކަށަވަރު ކުރުމަކާއި ނުލައި އިސްތިއުނާފު ރައްދުވާ ފަރާތަށް ގެއްލުމުގެ ބަދަލު ނަގާދީފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާގައި ގެއްލުމުގެ ބަދަލު ނަގާދީފައިވާ އުޞޫލާ ޚިލާފަށް ކަމަށެވެ.

އިސްތިއުނާފުކުރާ ފަރާތުން އެދުނގޮތު

10އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 79/VTR/2021 މައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ އަދުލުވެރިކަމާއި އަދި އިޖުރާއީ އަދުލުވެރިކަން ޤާއިމުކޮށްދީފައިވާކަމަށް ކަނޑައަޅައި، އިސްތިއުނާފު ރައްދުވާ ފަރާތަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި -/65،000ރ. (ފަސްދޮޅަސ ފަސްހާސް ރުފިޔާ) ނަގައިދިނުމަށް ކަނޑައަޅާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅައި ދިނުމަށެވެ.

އިސްތިއުނާފީ ނުކުތާތަކުގެ ރައްދު

11ފުރަތަމަ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ކ) އަދި (ޅ) ގައި ބަޔާންކޮށްފައިވާ ފަދައިން، ވަކިމުއްދަތެއް ކަނޑައޅިފައިވެ އެއްބަސްވުމެއް، ވަޒީފާގެ ޖުމްލަ މުއްދަތު ދެ އަހަރު ދުވަހައްވުރެ އިތުރުވާގޮތަށް އާކޮށްފިނަމަ ނުވަތަ އެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފިނަމަ، ނުވަތަ ދެފަރާތުން އަމަލުތައް ބަހައްޓާގޮތުން، އާކޮށްފިނަމަ، ނުވަތަ އިތުރުކޮށްފިކަން ދޭހަވާނަމަ އެ އެއްބަސްވުމަކީ ވަކިމުއްދަތެއް ކަނޑައަޅިފައިނުވާ އެއްބަސްވުމެއްކަމުގައި ބަލަންޖެހޭނެކަން އެ މާއްދާގައި ބަޔާންކޮށްފައި އޮތުމުން، ޓްރައިބުނަލުން މައްސަލަ ނިންމުމުގައި ދެފަރާތުގެ ދެމެދުގައި އޮތް ވަޒީފާގެ އެއްބަސްވުމަކީ ވަކިމުއްދަތެއް ކަނޑައަޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއްކަމުގައި ބުރަވެވިފައިވަނީ ޤާނޫނު ގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ކަމަށެވެ.

12ދެވަނަ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/364 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލަކީ ވަޒީފާއާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ކަނޑައަޅުއްވާފައިވާ އުސޫލެއްކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/364 ޤަޟިއްޔާގައި ދެފަރާތުގެ ދެމެދުގައި ފުރަތަމަ ސޮއިކުރެވުނު 3 މަސްދުވަހުގެ ވަގުތީ އެއްބަސްވުމުގައި ބަޔާންކުރާ ދާއިމީ އެއްބަސްވުން އެކުލަވާލުމުގެ ބަދަލުގައި ދެވަނައަށް އެކުލަވާލައިފައިވަނީ ވެސް 1 އަހަރު ދުވަހުގެ ވަގުތީ އެއްބަސްވުމެކެވެ. އަދި 1 އަހަރުގެ އެއްބަސްވުމަށް ދެފަރާތުން ރުހި އެ އެއްބަސްވުމުގެ މުއްދަތު ހަމަވިއިރުވެސް ފުރަތަމަ އެކުލަވާލާފައިވާ 3 މަސްދުވަހުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ދާއިމީ އެއްބަސްވުން އެކުލަވާނުލައިގެނ ނުވަތް ވުޖޫދަށް ނައިސްގެން އެ ޚިލާފު އުފެދުނުތާ 3 މަސްދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށީ ހަޅާފައިނުވާތީ، އ އަށްފަހު އެއްބަސްވުން އެކުލަވައިނުލައި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮތް ކަމަކަށް ބެލެވެން ނެތްކަމަށް އެ ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ ބުނެވުނު ޤަޟިއްޔާ އާއި ހުށަހެޅިފައިމިވާ ޤަޟިއްޔާގެ ކަންހިނގާފައިވާގޮތް ތަފާތުވެފައި، އަދި އެ މައްސަލައިގައި ތަފާތު އެއްބަސްވުމުގައި އިޝާރާތްކުރާ ދާއިމީ ވަޒީފާގެ އެއްބަސްވުމެއް ނެތްކަމަށް ބުނެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެ ޙާލަތުގައި ލިބިފައިވާކމަށަ ބެލެވެން ނެތްކަމަށް ނިންމާފައިވާ ޤާނޫނީ ސަބަބު، ހުށަހެޅިފައިވާ މި މައްސަލައިގައި ނެތްކަމަށެވެ.

13ތިންވަނަ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތަށް ބަދަލު ނަގައިދީފައިވަނީ، ބަދަލު ނަގާދިނުމާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކާއި ޚިލާފަށް ނޫންކަމަށެވެ. އެގޮތުން އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދިފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަކީ މުވައްޒަފު އަނބުރާ ވަޒީފާއަށް ރުޖޫޢަކުރުމަށް ޓްރައިބިއުނަލްއިން ނުވަތަ ކޯޓުން އަމުރުކުރާ ޙާލަތުގައި، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތަށް އެ މުވައްޒަފެއްގެ ވަޒީފާ ދެމިގެންދާކަން ކަށަވަރުކުރުމަށްޓަކައި އަމުރުނެރުމުގައި އަމަލުކުރަންޖެހޭ އުޞޫލެއް ކަމަށެވެ. އަދި އޞޫލެ ވަޒީފާއަށް އަނބުރާ ރުޖޫޢަ ކުރުމަކައިނުލައި، ހަމައެކަނި ޤާނޫނާއި ޚިލާފަށް ވަޒީފާއިން ވަކިކުރުމުގެ ބަދަލު ނަގައިދިނުމާގުޅޭ އުޞޫލެއްކަމުގައ އިސްތިއުނާފި ރައްދުވު ފަރާތުން ނުދެކޭކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:

14އިސްތިއުނާފ ރައްދުވު ފަރާތުން އެދިފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 79/VTR/2021 މައްސަލައިގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅއަ މައްސަލަ ނިންމައިދިނުމަށެވެ. ފާހަގަކުރެވުނު ކަންތައްތައް: މި މައްސަލައިގައި ގޮތް ކަނޑައަޅަންޖެހޭ މައިގަނޑު ކަންތައްތައް

15ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 79/VTR/2021 މައްސަލައިގެ ނިންމުން އިސްތިއުނާފްކޮށް ހުށަހަޅާފައިވާ މި ޤަޟިއްޔާގައި ޝަރީޢަތުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާތަކަކީ:

1.15. ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި ވަޒީފާއާބެހޭ ޤާނޫނު 13 ވަނަ މާއްދާ ތަޠުބގުކޮށީ، މުއްދަތު ކަނޑައެޅިފައިނުވާ އެއްބަސްވުމެއްކަމުގައި ކަނޑައަޅާފައިވަނީ ރަނގަޅަށްތޯއާއި،

2.15. ކޮންޓްރެކްޓުގެ މުއްދަތު ހަމަވުމަށްފަހު، ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނެ މައްސަލަ ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/364 ޤަޟިއްޔާގައި ކަނޑައަޅަފައިވާ އުޞޫލުތަކާ ޚިލާފަށްތޯއާއި،

3.15. ގެއްލުމުގެ ބަދަލު ނަގާދީފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާގައި ގެއްލުމުގެ ބަދަލު ނަގާ އިދިނުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުސޫލާއި ޚިލާފަށްތޯއެވެ. މުއްދަތު ކަނޑައެޅިފައިވާ އެއްބަސްވުމެއްތޯ ނުވަތަ ނޫންތޯ ދެނެގަތުން

16އިސްތިއުނާފ ކުރު ފަރާތުން ބަޔާންކޮށްފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތާއެކު ވެފައިވަނީ މުއްދަތު ހަމަވާ ތާރޚީ ބަޔާންކޮށްފައިވާ އެއްބަސްވުމެއް ކަމަށާއި، އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚެއްކަމުގައި 01 ޖަނަވަރީ 2021 ހިމަނާފައިވާކަމުގައެވެ.

17HN1ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ އަލީގައި، މުއްދަތު ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއްތޯ ދެނެގަތުމުގައި ހަމައެކަނި އެއްބަސްވުމުގައި، އެ އެއްބަސްވުން ނިމުމަކަށް އަންނާނެ ތާރީޚު ބަޔާންކޮށްފައިވޭތޯ ބެލުމަކުން ނުފުދެއެވެ. ދެފަރާތުގެ ދެމެދުގައި އޮތް ވަޒީފާގެ ގުޅުމުގައި ހޭދަވެފައިވާ މުއްދަތާއި، އެ ވަޒީފާގެ ގުޅުމުގައި 2 (ދޭއް) އަހަރަށްވުރެ ގިނަދުވަސް ވެފައިވާ ހާލަތުގައި އެ މުވައްޒަފާ ހަވާލުކުރެވިފައިވާ މަސައްކަތަކީ، ދާއިމީ މުވައްޒަފަކާއި ހަވާލުކޮށްގެނ ކުރް ޒާތުގެ މަސައްކަތެއް ތޯއާއި، ނުވަތަ ދެފަރާތުގެ ޢަމަލު ހުރި ގޮތަށް ބަލާއިރު، އެ މުވައްޒަފާމެދު ޢަމަލުކޮށްފައިވަނީ ދާއިމީ މުވައްޒަފަކާމެދު ޢމަލުކުރަ އުސޫލުންކަން ދެނެގަނެވޭތޯ ބަލަންޖެހެއެވެ.

18HN2އެފަދައިން ދެނެގަނެވޭނަމަ، 2 (ދޭއް) އަހަރަށްވުރެ ގިނަ ދުވަހަށް މަސައްކަތުގައި ގެންގުޅެފައިވާ ހާލަތުގައި އެއީ ދާއިމީ މުވައްޒަފެއް ކަމުގައި ވާނެއެވެ. ނުވަތަ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި 2 (ދޭއް) އަހަރު ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ބަޔާންކޮށްފައި އޮތްނަމަވެސް، އެ ހާލަތުގައި އެއީ މުއްދަތު ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއްކަމުގައި ބެލޭނެއެވެ.

19މި މައްސަލައަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތަކީ 02 ސެޕްޓެނބަރް 2018 އިން ފެށިގެން އިސްތިއުނާފު ކުރާ ފަރާތުގެ ވަޒީފާއެއްގައި އުޅެމުން އައި ފަރާތެކެވެ. އޭގެ ފަހުން ވަޒީފާއިން ވަކިކުރެވިފައިވަނީ އޭގެ 2 (ދޭއް) އަހަރާއި 120 (ސަތޭކަ ވިހި) ދުވަސް ފަހުން، 31 ޑިސެނބަރް 2020 ގެ ތާރީޚުގައެވެ. އެހެންނަމަވެސް، ވަޒީފާގެ އެއްބަސްވުމެއް ދެފަރާތުގެ ދެމެދުގައި ފުރަތަމަ ވެފައިވަނީ 01 ޖަނަވަރީ 2019 ގައެވެ.

ޓްރައިބިއުނަލްގެ ރިޕޯޓުގެ 9.13 ވަނަ ނުކުތާ

20އެހެންކަމުން، އިސްތިއުނާފު ކުރާ ފަރާތް އިސްތިއުނާފު ރައްދުވާ ފަރާތުގެ ވަޒީފާގައި އުޅުނު ޖުމްލަ މުއްދަތަކީ، ގާތްގަނޑަކަށް 2 (ދޭއް) އަހަރާއި 4 (ހަތަރެއް) މަހެވެ.

21ވަޒީފާއާބެހޭ ގާނޫނުގެ 13 ވަނަ މާއްދާގެ (ޅ) އަށް ބަލާއިރު، ވަކިމުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއްގެ މުއްދަތު ދެ އަހަރު ދުވަހަށްވުރެ އިތުރުވެގެނ ނުވާނެކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

22އިސްތިއުނާފ ކުރު ފަރާތާ ވަޒީފާގައި ހޭދަވެފައިވާ މުއްދަތަށް ބަލާއިރު، ދެފަރާތުގެ ދެމެދުގައި ލިޔުމުން ވެފައިވާ އެއްބަސްވުމުގެ މުއްދަތު 2 (ދޭއް) އަހަރަށްވުރެ އިތުރުވެފައ ނެތްކަމުގައި ބެލިނަމަވެސް، ވަޒީފާ އަދާކުރުމުގައި ހޭދަވި މުއްދަތު 2 (ދޭއް) އަހަރު ދުވަހަށްވުރެ އިތުރުވެފައިވެއެވެ. ހަމައެހެންމެ، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ށ) އަށް ބަލާއިރު، ދެފަރާތުގެ ދެމެދުގައި ވަޒީފާގެ އެއްބަސްވުމެއް އޮތުން ލާޒިމު ކުރާހިނދު، އެ މާއްދާގެ (ކ) އަށް ބަލާއިރު، ވަޒީފާގެ ޖުމްލަ މުއްދަތު ދެ އަހަރު ދުވަހަށްވުރެ އިތުރުވާގޮތަށް އެއްބަސްވުން އާކޮށްފިނަމަ، ނުވަތަ އެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފިނަމަ، ނުވަތަ ދެފަރާތުންމެ ޢަމަލުތައް ބަހައްޓާގޮތުން، އާކޮށްފިކަން، ނުވަތަ އިތރުކޮށްފިކަނު ދޭހަވާނަމަ، އެ އެއްބަސްވުމަކީ ވަކިމުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމެއްނޫން ކަމުގައި ބަލަންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، ވަޒީފާއާ ބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ޅ) އަދި (ކ) އަށް ބަލާއިރު، މި މައްސަލާގައި ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާއެއްގައި އުޅުނު ހާލަތެއް އޮތް ކަމުގައި ބލަންޖެހޭކަމުގައި ދެކެމެވެ. މައްސަލަ ހުށަހެޅިފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/364 ޤަޟިއްޔާގައި ކަނޑައަޅާ ފައިވާ އުޞޫލުތަކާ ޙިލާފަށްކަމށ ބަޔާންކޮށްފައިވް ނުކުތަ

23HN3މ ނުކުތާގައި އިސްތިއުނާފި ކުރު ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގެ ދަށުން މުއްދަތު ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން މުވައްޒަފަކު ވަޒީފާ އަދާކުރަން ފަށާ ތާރީޚުން ފެށިގެން / އެ އެއްބަސްވުމެއްގައ ސޮއިކުރާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ މައްސަލައެއް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަން ޖެހޭނެ ކަމަށާއި ނަމަވެސް މި މައްސަލަ ޓްރައިބިއުނަލަށް އެ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިނުވާ ކަމުގައެވެ.

24މ މައްސަލާގައި އޮތި މުއްދަތު ކަނޑައެޅިފައިނުވާ އެއްބަސްވުމެއްކަމުގައި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ވެއްޖެކަމުގެ ވާހަކައެވެ. އަދި ފުރަތަމަ ނުކުތާގައި ކަނޑައެޅިފައިވަނީވެސް، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކީ، ވަޒީފާއާ ބެހޭ ގާނޫނުގެ 13 ވަނަ މާއްދާގެ (ޅ) އަދި (ކ) އަށް ބަލާއިރު، ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއްކަމުގައެވެ.

25އެހެންކަމުން، މި ހާލަތުގައި މުއްދަތު ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއް ދަށުން މައްސަލަ ހުށަހަޅަންޖެހޭ އިޖުރާއަތާގުޅޭ މާއްދާއެއް ތަތުބީގުކުރެވިދާނެކަމުގައި ނުދެކެމެވެ. ގެއްލުމުގެ ބަދަލު ނަގާދީފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގެއްލުމުގެ ބަދަލު ނަގާދި ނުމާ ގުޅޭ އުސޫލާއި ޚިލާފަށްކަމަށް ބަޔާންކޮށްފައިވާ ނުކުތާ

26ގެއްލުމުގެ ބަދަލާގުޅޭގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ފަރާތުން ކުރެވުނު ސުވާލުތަކާ ގުޅިގެން، އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ ގެއްލުމުގެ ބަދަލު ހިސާބު ކުރެވޭނެގޮތް އެނގޭނެ ލިޔުމެއް ނެތްކަމަށާއި، އެކަން ލިޔުމަކުން ޓްރައިބިއުނަލްއަށް ހުށަހެޅުނުކަންވެސް އެނގެން ނެތްކަމަށާއި، އެހެންނަމަވެސް ހުށަހެޅިފައިވާ ޢަދަދާ ގުޅޭގޮތުން އިންކާރުކޮށް އިސްތިއުނާފު ކުރާ ފަރާތުން އެއްވެސް ކަމެއް ޓްރައިބިއުނަލްއަށް ހުށަހަޅާފައި ނުވާކަމަށާއި، ގެއްލުމުގެ ބަދަލުގެ ގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ޢަދަދު ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ އެސަބަބުގެ މައްޗަށް ކަމުގައި ދެކޭކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ.

27ޓްރައިބިއުނަލްއިން މި ނުކުތާގައި ކަނޑައަޅާފައިވާ ގޮތަށް ބަލާއިރު، ޤާނޫނާ ޚލާފަށި ވަޒީފާއިން ވަކިކޮށްފައިވާތީ، ބަދަލެއް ޙައްގުވާކަމަށް ބަޔާންކޮށް، ބަދަލުގެ މިންވަރު ކަނޑައެޅުމަށް ބެލިއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ޢަދަދަކީ، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރަ ތާރީޚު ނ ފެށިގެން އެ ފަރާތުގެ ވަޒީފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީޚާ ހަމައަށް، އެފަރާތް ވަޒީފާއިން ވަކިކުރިއިރު ލިބެމުންދިޔަ މުސާރައާ އިނާޔަތްތަކުގެ ނިސްބަތުން ބަދަލުގެ މިންވަރު ކަނޑައެޅޭނަމަ، މިހާރު ބަދަލުގެ ގޮތުގައި ހުށަހަޅާފައިވާ މިންވަރަށްވުރެ ބޮޑުވާނެކަން ފާހަގަކުރުމާއެކު، އިސްތިއުނާފު ރައްދުވާ ފަރާތުން ވަކި ޢަދަދެއް ސަރީހަކޮށް ބަޔާންކޮށްފައި އޮތުމުން، އެ މިންވަރު ނަގައިދިނުން އެންމެ ރަނގަޅު ކަމުގައި ބަލާފައިވާކަން އެނގެއެވެ.

28HN4އިސްތިއުނާފ ކުރު ފަރާތުން ބަޔާންކޮށްފައިވާ ފަދައިން، ގެއްލުމުގެ ބަދަލަށް އެދޭ ހާލަތުގައި، އެކަމަށް އެދި ހުށަހެޅޭ އަދަދަކީ ހަގީގަތުގައި ގެއްލުންވެފައިވާ މިންވަރުކަން އެނގޭނެ ހެކި ހުށަހަޅައި، ގެއްލުން ވެފައިވާކަން ސާބިތުކޮށްދިނުމަކީ، އެކަމަށް އެދޭ ފަރާތުގެ ޒިންމާއެކެވެ.

29HN5އެހެންނަމަވެސް ވަޒީފާގެ މައްސަލަތަކުގައި، ވަޒީފާއިން ވަކިކުރެވުނީ ޤާނޫނާ ޚލާފަށި ކަމުގައް ކަނޑައެޅި ހިނދު، އެކަމަށް ދެވޭނެ އެންމެ އަސާސީ ފަރުވާއަކީ ވަޒީފާ އަނބުރާދިނުން ކަމުގައިވާއިރު، ވަޒީފާ މެދުކެނޑިގެން ދިޔަ މުއްދަތުގެ މުސާރަ ނަގައިދިނުމަކީ އާންމު އުސޫލަކުން ކޯޓުތަކުންނާއި ޓްރައިބިއުނަލްއިން ޢަމަލުކުރަމުން އަންނަ އުޞޫލެއްކަން އެނގޭއިރު، އެ މިންވަރު (މެދުކެނޑިގެން ދިޔަ މުއްދަތުގެ މުސާރަ) އަށްވުރެ ކުޑަ ޢަދަދެއް ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވާ ހާލަތުގައި، އެކަމުގައި މައްސަލަ ރައްދުވާ ފަރާތުން ޖަވާބުދާރީވާ ގޮތެއްގެ މައްޗަށް ރޢި ޔަތްކޮށް ވަކި ގޮތެއް ނިންމުމަކީ އެ މައްސަލައެއް ބަލާ ފަނޑިޔާރަށް ނުވަތަ ޓްރައިބިއުނަލްގެ މެމްބަރަށް އޮންނާނެ އިޚުތިޔާރެއ ކަމުގައް ދެކެމެވެ.

30HN6އެކަމުގެ ސަބަބުން، އިސްތިއުނާފު ކުރާ ފަރާތަށް ބޭއިންސާފެއް ކުރިމަތިވެފައިވުމަށްވުރެ ބޮޑަށް، މި މައްސަލާގައި އޮތީ، އެފަދަ ހާލަތެއްގައި އާންމު އުސޫލުން ބަދަލުގެ ގޮތުގައި ނަގައިދެވޭ މިންވަރަށްވުރެ ކުޑަ ޢަދަދެއް ކަނޑައެޅިފައިކަނ އެނގެން އޮންނަހިނދު، ޓްރައިބިއުނަލްއިން މި ނުކުތާގައި ގޮތް ކަނޑައެޅުމުގއަ ބޭނުންކުރި އިޚު ތިޔާރުގެ ސަބަބުން އިސްތިއުނާފު ކުރާ ފަރާތަށް ބޭއިންސާފެއް ކުރިމަތިވެފައިވާކަން އެނގެން ނެތްހިނދު، މި ނުކުތާގައި ޓްރައިބިއުނަލްއިން ގޮތް ކަނޑައެޅުމުގައި ބޭނުންކުރި އ ޚތިޔާރުގެ ތެރެއަށް މ ކޯޓުން ވަންނަންޖެހޭ ސަބަބެއް އޮތްކަމުގައި އަހުރެންނަށް ބުރަ ނުވެވެއެވެ.

ނިންމަން ފެންނަ ގޮތް

31އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގައި ހުރުމުން، ވޒީފާއާބެހަ ޓްރައިބިއުނަލްގެ ނަންބަރު 79/VTR/2021 މައްސަލަ އިސްތިއުނާފު ކުރުމަށް ކުރެއްދޫ ހޯލްޑިންގްސގް ފަރާތުން ހުށަހެޅި ނުކުތާތަކަށް ރިޢާޔަތްކޮށް، އެ ނިންމުން ބާޠިލުކުރަންޖެހޭ ނުވަތަ ބަދަލު ކުރަންޖެހޭފަދަ ސަބަބެއް އޮތް ކަމުގައި ނުފެނެއެވެ.

ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު

32މި މައްސަލާގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރއަ ޔަށް އަހުރެން ތ އާ ދ ކުރަމެވެ.

ފަނޑިޔާރު ފާޠިމަތު ފަރުހީޒް ގެ ރައުޔާ

33މި މައްސަލާގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރއަ ޔަށް އަހުރެން ތ އާދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

34މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ށ)، (ބ)، (ކ) އަދި (ޅ)
  • ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) (ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތު)
  • ހައިކޯޓު 2013/HC-A/364 (ފަރާތްތަކުން ހުށަހެޅި؛ ކޯޓުން ތަޠްބީޤު ނުކުރި)
  • ސުޕްރީމް ކޯޓު 2018/SC-A/49 (ފަރާތްތަކުން ހުށަހެޅި)

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ