ޓަފް އިންފްރާ ޕްރައިވެޓް ލިމިޓެޑް ވ. އަޙްމަދު އަޝްފާޤް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 224/Cv-C/2021
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުންފުނި ތަމްސީލުކުރުމަށް ސިވިލް ކޯޓަށް ހުށަހެޅުނު ބޯޑު ރިޒޮލިއުޝަނަކީ އޮޅުވާލުމެއް ނުވަތަ މަކަރާއި ހީލަތް (fraud) އެކުލެވޭ ލިޔުމެއްނަމަ، އޭގެ މައްޗަށް ބިނާކޮށް (ޞުލްޙައަށް) ކޮށްފައިވާ ޙުކުމް ބާޠިލުކުރެވޭނެތޯ ނުވަތަ އަލުން ބެލުމަށް ފޮނުވޭނެތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ޙުކުމް ބާޠިލު؛ މައުޟޫޢުގައި ބެލުމަށް ސިވިލް ކޯޓަށް ތަޙުވީލުކުރި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޝަރީޢަތުން ނިންމާފައިވާ ނިންމުން ދެމެހެއްޓުމަކީ (stare decisis / ދަޢުވާއަށް ނިމުމެއް އޮތުން) އިންސާފުގެ އަސާސީ އުޞޫލެކެވެ. ނަމަވެސް މަކަރާއި ހީލަތުން ކުރާ ކަމެއްގެ ފައިދާ ނެގިގެން ނުވާނެ ކަމަކީވެސް އިންސާފުގެ ހަމައެކެވެ. އެހެންކަމުން ނިންމުން ދެމިއޮތުމަށް އިސްތިސްނާތައް ވާނެ ނަމަވެސް، އެ މަގު ހިޔާރުކުރާނީ ވަރަށް ޚާއްޞަ ޙާލަތްތަކުގައި، ދަޢުވާއަށް ނިމުމެއް އަންނަން ޖެހޭ އުޞޫލަށް ސަމާލުވެގެންނެވެ.
HN2 ޙުކުމަކަށް ވާސިލުވެފައިވަނީ އޮޅުވާލުމެއް ނުވަތަ މަކަރާއި ހީލަތް ހިމެނޭ ހެއްކަކަށް ބަރޯސާވެގެން ކަމަށް ހަމައެކަނި ބުނުމަކުން ނުފުދޭނެއެވެ. މަކަރާއި ހީލަތުގެ ސަބަބުން ދިފާޢު ހުށަހެޅުމުގެ ފުރުޞަތު ގެއްލިފައިވާކަން ހާމަކޮށް، އެ ހެއްކަށް ރިޢާޔަތް ނުކުރިނަމަ ނިންމުން ބަދަލުވުމުގެ އިޙުތިމާލު އޮތްކަން ދައްކަން ޖެހެއެވެ.
HN3 ކާމިޔާބުވި ފަރާތުގެ ޢަމަލެއްގެ ސަބަބުން މައުޟޫޢީ ޝަރީޢަތެއް ނުހިނގާ، ނާކާމިޔާބުވި ފަރާތަށް ދަޢުވާއާ ބެހޭ މަޢުލޫމާތު ނުލިބި، ނުވަތަ ޢައްޔަންކޮށްފައި ނުވާ ފަރާތެއް މަކަރާއި ހީލަތުން ޚަޞްމު ތަމްސީލުކޮށްފައިވާ ޙާލަތްތަކުގައި، އެ ޙުކުމް ބާޠިލުކޮށް އަލުން އަދުލުވެރި ޝަރީޢަތެއް ކުރުމުގެ ފުރުޞަތު ހުޅުވިގެންދެއެވެ.
HN4 މަކަރާއި ހީލަތުގެ ސަބަބުން ޙުކުމެއް މުރާޖަޢާކުރުމަށް ނުވަތަ ބާޠިލުކުރުމަށް އެދޭ ފަރާތުގެ މައްޗަށް އެކަން ސާބިތުކުރުމުގެ ބުރަ އޮވެއެވެ. ހަމައެކަނި ބުނުމަކުން، އާދައިގެ ތުހުމަތަކުން ނުވަތަ ޝައްކަކުން ބުރަ އަދާނުވާނެއެވެ؛ މަކަރާއި ހީލަތް އެކުލެވޭކަން ދައްކާ މުހިންމު (material) ހެކިން، އެ ހީލަތް ނިންމުމަށް އަސަރުކުރި (operative cause) ކަމާއި އިންސާފަށް ހުރަސް އެޅުނުކަން ފާޅުވާން ޖެހެއެވެ. އައު ހެއްކަކީ އަސްލު މަރުޙަލާގައި އެކަށީގެންވާ ފަރުވާތެރިކަމާއެކުވެސް ނުލިބުނު ހެއްކަކަށް ވާން ޖެހެއެވެ.
HN5 މަދަނީ މައްސަލަތަކުގައި ހާދިސާއެއް ނުވަތަ ޢަމަލެއް ސާބިތުކުރުމަށް ބަލާނީ "ބޮޑަށް ބުރަވެވޭ ގޮތަށް" (balance of probabilities) އެވެ.
HN6 މަދަނީ އިޖުރާއަތުގެ ޤާނޫނު ތަންފީޛުވުމުގެ ކުރިން ހިނގި މައްސަލަތަކަށް އެ ޤާނޫނު ނުހިނގާ ނަމަވެސް، ޚާއްޞަ ޙާލަތްތަކުގައި ނިހާއީ ޙުކުމެއް މުރާޖަޢާކުރުމުގެ މަގު އެ ޤާނޫނުގެ 292 ވަނަ މާއްދާ ތަނަވަސްކޮށްދީފައިވެއެވެ. އެގޮތުން މައްސަލަ ނިމިފައިވަނީ ޖިނާއީ ކުށެއްގެ ސަބަބުން ކަމަށް ސާބިތުވުމުން މުރާޖަޢާއަށް އެދިދާނެއެވެ؛ އަދި އެކަމަށް ޖިނާއީ ކުށް ޝަރީޢަތުން ސާބިތުވެފައި އޮތުން ލާޒިމެއް ނޫނެވެ.
HN7 ކުންފުންޏެއް ޢައްޔަންނުކޮށް، ތަމްސީލުކުރުމުގެ ޤާނޫނީ ބާރު ނުލިބޭ ފަރާތެއް ސައްޙަކަން ސުވާލުއުފެދޭ ބޯޑު ރިޒޮލިއުޝަނަކަށް ބަރޯސާވެ ކުންފުނި ތަމްސީލުކޮށް (ޞުލްޙައަށް) ޙުކުމް ކޮށްފައިވާނަމަ، އެ ކުންފުންޏަށް ބަސް ބުނުމުގެ ފުރުޞަތު ގެއްލިގެން ދިޔުމަކީ ޢަދުލު އިންސާފަށާއި ހާމަ، ހަމަހަމަ ޝަރީޢަތަކަށް އެޅޭ ހުރަހެކެވެ؛ މިފަދަ ޙާލަތުގައި އެންމެ އަދުލުވެރި ގޮތަކީ މައުޟޫޢުގައި ބަލައި ގޮތެއް ކަނޑައެޅުމަށް މައްސަލަ ދަށު ކޯޓަށް ތަޙުވީލުކުރުމެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- މުޙައްމަދު ޙިލްމީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- މަރްޔަމް ނިހާޔަތު
- ބެންޗު
- ފަނޑިޔާރު ޙުޒައިފާ މުޙައްމަދު، ފަނޑިޔާރު ޙަސަން ޝަފީޢު، ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ފަނޑިޔާރު ޙަސަން ޝަފީޢު، ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު
މައްސަލައިގެ ތަޢާރފަ
1ށ.ފޯކައިދޫ، އައްސޭރި، އަޙްމަދު އަޝްފާޤު )ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރ ( )މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "އަޙްމަދު އަޝްފާޤު(" ގެ އަތުން 10 )ދިހައެއް( ދުވަހުގެ ތެރޭގައި ބޭންކް ރޭޓުން ޑޮލަރު ދޭނެކަމަށް އެއްބަސްވި 21 ޖުލައި 2018 ގައި ޓަފް އިންފްރާ ޕްރައިވެޓް ލިމިޓެޑް )ރަޖިސްޓްރީ ނަންބަރ C-0109/2018( )މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތާ "ޓަފް އިންފްރާ ޕްރައިވެޓް ލިމިޓެޑް " ނުވަތަ "ކުންފުނި"( އިން ނަގާފައިވާ 14,901,379/14ރ. )ސާދަމިލިއަން ނުވަލައްކަ އެއްހާސް ތިންސަތޭކ ހަތްދިހަ ނުވަ ރުފިޔާ ސާދަ ލާރި( އަށްވާ US$966,367.00 ) ނުވަލައްކަ ފަސްދޮޅަސް ހަހާސް ތިންސަތޭކަ ފަސްދޮޅަސް ހަތެއް އެމެރިކާ ޑޮލަރު( ދެއްކުމަށް އެއްބަސްވެ، އަދި އެއްބަސްވެފައިވާ މުއްދަތުގައި ފައިސާ ދައްކާފައިނުވާނަމަ، ފައިސާ ނުދެއްކި އިތުރުވާ ކޮންމެ ދުވަހަކަށް %5 )ފަހެއް އިންސައްތަ( އަށްވާ US$48,318.35 )ސާޅީސްއަށްހާސް ތިންސަތޭކަ އަށާރަ އެމެރިކާ ޑޮލަރު ތިރީސް ފަހެއް ސެންޓް( ޖޫރިމަނާއިނ އެއްވެސް މިންވަރެއް ދައްކާފައިނުވާތީ، ޖޫރިމަނާގެ ގޮތުގައި %5 )ފަހެއް އިންސައްތަ(ގެ ރޭޓުން އަރާފައިވާ US$42,278,250.00 )ސާޅީސް ދެމިލިއަން ދެލައްކަ ހަތްދިހައަށްހާސް ދުއިސައްތަ ފަންސާސް އެމެރިކާ ޑޮލަރު( އެކީ އެއްފަހަރާ ހޯދުމަށްއެދި ޓަފް އިންފްރާ ޕްރައިވެޓ ލިމިޓެޑްގެ މައްޗަށް އަޙްމަދު އަޝްފާޤު ދަޢުވާކުރިއެވެ. އެ ދަޢުވާ ސިވިލް ކޯޓުގައި ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2021C/-v/C224 ޤަޟިއްޔާއިންނެވެ. ސިވިލް ކޯޓުގެ ނަންބަރު 224/Cv-C/2021 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ "ދަޢުވާގެ ޚުލާޞާ"
2މިއީ، ސިވިލް ކޯޓުގެ ނަންބަރު 224/Cv-C/2021 ޤަޟިއްޔާ ނިމިފައިވާ ގޮތި ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދު ޓަފް އިންފްރާ ޕްރައިވެޓް ލިމިޓެޑގް ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފ ރައްދުވާ ފަރާތަކީ އަޙްމަދު އަޝްފާޤުއެވެ. ސިވިލް ކޯޓުގައި މައްސަލަ ހިނގާފައިވާ ގޮތް އަދި އެ ކޯޓުން މައްސަލަ ނިންމިގޮތް
3ސިވިލް ކޯޓުގެ ނަންބަރު 224/Cv-C/2021 ޤަޟިއްޔާ ގައާ ޓަފް އިންފްރާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުނ ދަޢުވާއަށް އިޢުތިރާފުވެ، އަޙްމަދު އަޝްފާޤުގެ އަތުން ޓަފް އިންފްރާ ޕްރައިވެޓް ލިމިޓެޑްއިން ނަގާފައިވާ 14,901,379/14ރ. )ސާދަމިލިއަން ނުވަލައްކަ އެއްހާސް ތިންސަތޭކަ ހަތްދިހަ ނުވަރުފިޔާ ސާދަ ލާރި( އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ޕްރިންސިޕަލް އެމައުންޓާއި އެއްވަރުގެ ޢަދަދާއިއެކު ޖުމްލަ ސިވިލް ކޯޓުގެ ނަންބަރު 224/Cv-C/2021 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވެފައިވާތީ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި 30 މެއި 2021 ގައި ޓަފް އިންފްރާ ޕްރައިވެޓް ލިމިޓެޑުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. މި މައްސަލައަކީ ސިވިލް ކޯޓުގައި ދަޢުވާ ރައްދު ވި ޓަފް އިންފްރާ ޕްރައިވު ޓީ ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓަށް ހާޒިރުވެ ހިންގާ ނިންމާފައިވާ މައްސަލައެއްކަން ސިވިލް ކޯޓުގެ ނަންބަރ 224/Cv-C/2021 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގޭތީ އާއި، އެހެން ގޮތަކަށް ސާބިތުކޮށްދެވޭ މިންވަރަށް ހެކި ހުށަހަޅާފައިނުވާތީ ހުއެ ދަ ދިނުމު ށ ނުފެންނަކަމަށް މައްސަލް ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމާފައިވާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ HC-17/IH/2021 )14 ޖޫން 2021( "އިސްތިއުނާފ ކުރުމުގު ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިންމި ގޮތް" އިން އެނގެއެވެ. ބުނެވިދިޔަ ނިންމުން ރިވއި ކޮށްދިނުމަށް 24 އޮގަސްޓް 2021 ގައި ޓަފް އިންފްރާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ސިޓީއަކުން އެދިފައިވެއެވެ. އެ ނިންމުމާއި ހިތްހަމ ނުޖެހްނަމަ ހަމަޖެހިފައިވާ އުޞޫލުގެ ދަށުން، އެމައްސަލަ ދިވެހިރާއްޖޭގ ސުޕްރީމް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދެވިދާނެކަމަށް ރަޖިސްޓްރާރ ޖަވާބުދީފައިވާކަން ހައިކޯޓުގެ ނަންބަރު -CR/INDIV/2021/128(MISL)95 )26 އޮގަސްޓް 2021 ( "އަމިއްލަ މީހުން ފޮނުވާ ސިޓީގެ ޖަވާބު" އިން އެނގެއެވެ. އެއަށްފަހުރަޖިސްޓްރާގ އެ ނިންމުން މުރާޖައާކުރުމަށް އެދް ޓަފް އިންފްރާ ޕްރައިވެޓ ލިމިޓެޑނު 12 އޮކްޓޫބަރު 2021 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދުމުން މި މައްސަލައަކީ އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަށް މި ކޯޓުގެ ފަނޑިޔާރުން ކުރިން ނިންމާފައިވާ މައްސަލައަކަށްވާތީ، ފަނޑިޔާރުންގެ އެ ނިންމުމްއި ފުށުއަރާގޮތަށް އައު ހުއްދައެއް ދެވިދާނެކަމަށް ނުފެންނާތީ ރަޖިސްޓްރާރގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތި ފާޤުނ ނިންމާފައިވާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 136/RM/2021 (NR)HC- )15 ނޮވެންބަރު 2021 ( "ރަޖިސްޓްރާގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" އިން އެނގެއެވެ. އެއަށްފަހު އެ ނިންމުން ޓަފް އިންފްރާ ޕްރައިވެޓް ލިމިޓެޑުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި 26 ޖޫން 2022 ގައު އިސްތިއުނާފުކުރިއެވެ. ޓަފް އިންފްރާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރ 224/Cv-C/2021 ޤަޟިއްޔާގެ ނިންމުން އިސްތިއުނާފުކުރުމަށް އެދޭނަމަ، 06 ޖުލައި 2022 އިން ފެށިގެން 10 )ދިހައެއް( ދުވަހުގެ ތެރޭގައި އިސްތިއުނާފުކުރުމުގެ ފުރުޞަތު ޓަފް އިންފްރާ ޕްރައިވެޓް ލިމިޓެޑްއަށް ލިބިގެންވާކަމަށް ކަނޑައަޅާފައިވާކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2022/SC-HCL/34 )06 ޖުލައި 2022( "އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް" އިން އެނގެއެވެ. އެގޮތުން މި ޤަޟިއްޔާއަކީ ޓަފް އިންފްރާ ޕްރައިވެޓް ލިމިޓެޑނު 19 ޖުލައި 2022 ގައި ހައިކޯޓަށާއިސްތިއުނާފުކުރުމުން ބެލިފަ އިވ ޤަޟިއްޔާއެކެވެ. 29,802,758/28ރ. )ނަވާވީސް މިލިއަން އަށްލައްކަ ދެހާސް ހަތްސަތޭކަ ފަންސާސް އަށް ރުފިޔާ އަށާވީސް ލާރި( ޙުކުމްކުރާ ދުވަހުން ފެށިގެން 03 )ތިނެއް( މަސް ދުވަހުގެ ތެރޭ ގައި އަޙްމަދު އަޝްފާޤުއަށ ލިބިދިނުމަށްޓަކައި، ކޮންމެ މަހަކުވެސް އެމަހަކަށްޖެހޭ މިންވަރު ދައްކަމުންގޮސް ނިންމުމުގެ ފުރުޞަތަކަށް އެދޭ ހުށަހެޅުމުން އަޙްމަދު އަޝްފާޤުގެ ފަރާތުން މި ހުށަހެޅުން ޤަބޫލުކޮށް ދެ ފަރާތުން ޞުލްޙަވެފައިވެއެވެ.F
4މިގޮތުގެ މަތިން މި ޤަޟިއްޔާގައ ޙުކުމްކޮށްފައިވަނީ؛ "ދެންފަހެ، ށ. ފޯކައިދޫ / އައްސޭރި، އަޙްމަދު އަޝްފާޤު )ދ.ރ.ކާޑް: ( ގެ އަތުން 10 )ދިހައެއް( ދުވަހުގެ ތެރޭގައި ބޭންކް ރޭޓުން ޑޮލަރު ދޭނެކަމަށް އެއްބަސްވި 21 ޖުލައި 2018 ގައް ޓަފް އިންފްރާ ޕްރައިވެޓް ލިމިޓެޑް 2018)(C-0109- އިން ނަގާފައިވާ 14,901,379/14 ރ. )ސާދަމިލިއަން ނުވަލައްކަ އެއްހާސް ތިންސަތޭކަ ހަތްދިހަ ނުވަރުފިޔާ ސާދަލާރި( އަށްވ US$966,367.00 )ނުވަލައްކަ ފަސްދޮޅަސް ހަހާސް ތިންސަތޭކަ ފަސްދޮޅަސް ހަތެއް އެމެރިކާ ޑޮލަރު( ދެއްކުމަށް އެއްބަސްވެ، އަދި އެއްބަސްވެފައިވާ މުއްދަތް ގައި ފައިސާ ދައްކާފައި ނުވާނަމަ، ފައިސާ ނުދެއްކި އިތުރުވާ ކޮންމެ ދުވަހަކަށް 5% )ފަހެއް އިންސައްތަ( އަށްވާ US$48,318.35 )ސާޅީސްއަށްހާސް ތިންސަތޭކަ އަށާރަ ޕޮއިންޓް ތިނެއް ފަހެއް އެމެރިކާ ޑޮލަރު( ޖޫރިމަނާއިން މިއަދާއި ހަމަޔަށްވެސ އެއްވެސް މިންވަރެއް ދައްކާފައި ނުވާތީ، ޖޫރިމަނާގެ ގޮތުގައި 5% ގެ ރޭޓުން މިއަދާއި ހަމަޔަށް އަރާފައިވާ US$42,278,250.00 )ސާޅީސްދެމިލިއަން ދެލައްކަ ހަ ތްދިހައަށްހާސް ދުއިސައްތަ ފަންސާސް އެމެރިކާ ޑޮލަރު( އެކީ އެއްފަހަރާ ހޯދުމަށް އެދޭ ޓަފް އިންފްރާ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އަޙްމަދު އަޝްފާޤު ދަޢުވާކޮށްފައިވާކަމާއި، ދަޢުވާލިބޭ ޓަފް އިންފްރާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މިދަޢުވާއަށް އިޢްތިރާފުވެ، އަޙް މަދު އަޝްފާޤުގެ އަތުން ޓަފް އިންފްރާ ޕްރައިވެޓް ލިމިޓެޑް އިން ނަގާފައިވާ 14,901,379/14 ރ. )ސާދަމިލިއަން ނުވަލައްކަ އެއްހާސް ތިންސަތޭކަ ހަތްދިހަ ނުވަރުފިޔާ ސާދަލާރި( އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ޕްރިންސިޕަލް އެމައުންޓާއި އެއްވަރުގެ ޢަދަދާއިއެކު ޖުމްލަ 29,802,758/28 ރ. )ނަވާވީސްމިލިއަން އަށްލައްކަ ދެހާސް ހަތްސަތޭކަ ފަސްސާސްއަށް ރުފިޔާ އަށާވީސްލާރި( މިމައްސަލައިގައި ޙުކުމްކުރާ ދުވަހުން ފެށިގެން 03 )ތިނެއް( މަސް ދުވަހުގެ ތެރޭގައި ދަޢުވާކުރާ ސިވިލް ކޯޓުގެ ނަންބަރު 224/Cv-C/2021 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ "ޞުލްޙަވިގޮތް" ފަރާތަށް ލިބިދިނުމަށްޓަކައި، ކޮންމެ މަހަކުވެސް އެމަހަކަށްޖެހޭ މިންވަރު ދައްކަމުންގޮސް ނިންމުމުގެ ފުރުޞަތަކަށް އެދި ހުށަހެޅުމުން ދަޢުވާކުރާ ފަރާތުން މިހުށަހެޅުން ޤަބޫލުކޮށް ދެފަރާތް ޞުލްޙަވީ ހިނދު؛ މިދަޢުވާގައި ދެފަރާތް ޞުލްޙަވީގޮތުގެ މަތިން، އަޙްމަދު އަޝްފާޤު އަށް ޓަފް އިންފްރާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކަންޖެހޭ ޖުމްލަ 29,802,758/28 ރ. )ނަވާވީސްމިލިއަން އަށްލައްކަ ދެހާސް ހަތްސަތޭކަ ފަންސާސްއަށް ރުފިޔާ އަށާވީސްލާރި( މިއަދުން ފެށިގެން 03 )ތިނެއް( މަސް ދުވަހުގެ ތެރޭގައި ދަޢުވާކުރާ ފަރާތަށް ލިބިދިނުމަށްޓަކައި، ކޮންމެ މަހަކުވެސް އެމަހަކަށްޖެހޭ މިންވަރަށްވުރެ މަދުނޫން ޢދަދެއްގަ ފައިސާ މިކޯޓަށް ދައްކަމުންގޮސް މިދަރަނި ޚަލާޞްކުރުމަށް ޓަފް އިންފްރާ ޕްރައިވެޓް ލިމިޓެޑް އަށް އަންގައި ޙުކުމް ކޮށްފީމެވެ." މިފަދައިންނެވެ.
އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް
5ސިވިލް ކޯޓުގެ ނަންބަރ 224/Cv-C/2021 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށެ ބުން އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދް ޓަފް އިންފްރާ ޕްރައިވެޓް ލިމިޓެޑްގީފަރާތުނ ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާއެވެ.
5.1. އިސްތިއުނާފަށް ހުށަހެޅިފައިވާ މައްސަލައިގެ ޙުކުމަކީ ސައް ޙަނޫން އަދި ފޯޖުކޮށް އުފައްދާފައިވާ ބޯޑު ރިޒޮލިއުޝަނަކުން ބާރު ލިބިގެން ދިން ބަޔާނެއްގެ މައްޗަށް ކޮށްފައިވާ ޙުކުމެއކަމަށާއި،ސައްޙަނޫން ވަގު ލިޔުންތަކެއް ބޭނުންކޮށްގެން ޢައިނާނިޢަލީ މުޙައްމަދު ކިޔާ މީހަކު ކޯޓުގައި ވާހަކަ ދައްކައި އެއްބަސްވެ ހޯދާފައިވާ ޙުކުމަކަށްވުމާއި،ކޯޓަށް ހުށަހެޅް ބޯޑު ރިޒޮލިއުޝަންއަކީ ޑިރެކްޓަރުންގެ ސޮއި ފޯޖުކޮށްގެން އުފައްދާފައިވާ ވަގު ލިޔުމެއްކަމަށްވެފައަ،އިސްތިއުނާފުކުރ ފަރާތާ ތަމްސީލުކުރަން ޢައިނާން ޢުލީ މުޙައްމަދު ހަމަޖެއްސިކަމަށް ބެލެވޭ ފަރާތަކީ ހދ އިސްތިއުނާފު ރައްދުވާ ފަރާތްކަމަށް ޢައިނާން ޢަލީ މުޙައްމަދު ތުހުމަތުކޮށްފައި އޮތުމާއި، މި މައްސަލައިގައ ފާޅުކަންބޮޑު ބޭއިންސާފެއް އފެދިފައިވކަމަށާއި، ޙުކުމް ބިނާކުރި އަސާސް ޞައްޙަނޫންކަނ އެންގުމުން އެ ޙުކުމަށް ބަދަލު ގެނައުމަކީ އަދުލު އިންސާފަށް ވާސިލުވުމަށްޓަކައި ކުރަންޖެހޭ ކަމެއްކަމަށާއި،މިނިވަން ދިމިޤްރާތީ މުޖުތަމަޢުތަކުން ޢަމަލުކުރާ ގޮތަށް ބަލާއިރު، ކޯޓުގެ ޙުކުމް ހޯދުމުގައި މަކަރާއި ހީލަތް (fraud) ގެ ޢަމަލުތަކެއ ހިމެނޭކަމަށް ފެންނަން އޮތްނަމި އެ ޙުކުމަކީ ބާޠިލުކުރަންޖެހޭ ޙުކުމެއްކަމަށް ބުނެ ހުށަހެޅ ނުކުތާއެވެ.
6އިސްތިއުނާފީ ނުކުތާގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުނ އިސްތިއުނާފުކުރާ ފަރާތަށް ދިންކަމަށް ބުނީ 14,901,379/14 ރ. )ސާދަމިލިއަން ނުވަލައްކަ އެއްހާސް ތިންސަތޭކަ ހަތްދިހަ ނުވަ ރުފިޔާ ސާދަ ލާރި( ގެ ބަދަލުގައި USD 966,367 )ނުވަލައްކަ ފަސްދޮޅަސް ހަހާސް ތިންސަތޭކަ ފަސްދޮޅަސް ހަތެއް އެމެރިކާ ޑޮލަރު( ދޭންޖެހޭކަމަށާއި، އެ ފައިސާ ދީފައިނުވާކަމަށާއި، އެ ފައިސާ ދީފައިނުވާތީ ދުވލަކަށ 5% )ފަހެއް އިންސައްތަ( ގެ މަގުން ޖޫރިމަނާއާއެކު USD 42,278,250 )ސާޅީސ ދެމިލިއަން ދެލައްކަ ހަތްދިހަ އަށްހާސް ދުއިސައްތަ ފަންސާސް އެމެރިކާ ޑޮލަރު( ދެންޖެހޭކަމަށ ބުން މި ފައިސާ ހޯދުމަށް އެދި އަޙްމަދު އަޝްފާޤުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހްޅުމުން، އެ ފައިސާ ދިނުމަށް އިސްތިއުނާފުކުރާ ފަރާތުގެ ނަމުގައި ކޯޓަށް ހާޒިރުވި ޢައިނާނާ ޢަލީ މުޙައްމަދ އެއްބަސްވު ސޮއިކޮށްފައިވާތީ އެކަން ކުރި ސަބަބާއި، އޭނާ ޢައްޔަންކުރްފަރާތް ސާފުކޮށްދިނުމަށް ޢައިނާން ޢަލީ މުޙައްމަދު ގާތު އެދުމުން، ޢައިނާނު ޢަލީ މުޙައްމަދު ހަމަޖެއްސީ ސުހައިލް ނަމަކަށް ކިޔާ މީހކަ 7458714 ނަންބަރުން ގުޅައިގެންކަމަށާއި، އެ މީހަކު އިސްއިތުނާފުކުރ ފަރާތުގާ ނަމުގައި ކޯޓަށް ގޮސްދިނުމަށް އެދުނުކަމުގައ ޢައިނާނަޢަލީ މުޙައްމަދު ބުނެފައިވާކަމަށާއި، އަދި ފަހުން ސުހައިލްގެ ނަމުގައި ވާހަކަދެއްކި ފްރާތަކ އަޙްމަދު އަޝްފާޤުކަނި އެނގުމުން، އެކަން ކޯޓުގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތްކުރިކަމަށާއި، އެކަން ފުލުސް އޮފީހަށް ހުށަހެޅި ކަމުގައި ޢައިނާނ ޢަލީ މުޙައްމަދު ބުނެފައިވާކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
7އިސްތިއުނާފުކުރި ފަރާތުގާ ބޑޯ ރިޒޮލިއުޝަންގ ގޮތުގައެ ބޭނުންކުރި ލިޔުމަކީ މަތީގައި ބަޔާންކުރާ ފޯނު ނަންބަރުން ސޮޔާއި ސިއްކަ ޖެހުމަށް ފަހު ފޮނުވި ލިޔުމެއްކަމަށާއި، އެ ލިޔުން ބޭނުންކޮށްގެން އިސްތިއުނާފުކުރާ ފަރާތުގެ ވަކީލެއްކަމަށ ބުން ޢައިނާނިޢަލީ މުޙައްމަދު ސިވިލް ކޯޓަށް ގޮސް، އެ ކޯޓުގެ ޑިސްޕިއުޓް މަރުޙަލާގައި ބަޔާންދިންކަމަށާއި، މާލޭގެ ގެއެއްކަމުގައިވާ […] 03 ވަނަ ފްލޯރގައި ބޯޑު ޑިރެކްޓަރުން ތިބެގެނ ޤަރާރެއް ފާސްކުރިކަމުގެ ލިޔުން ހެދިއިރު އިސްތިއުނާފެ ކުރާ ފަރާތުގެ ބޯޑު އޮފް ޑިރެކްޓަރިސްގ އެއްވެސް މެންބަރަކު އެ ދުވަސްވަރު ރާއްޖެއަށް އައިސްފައިނުވާކަމަށާއި، ޑރެކްޓަރުންގ ބޯޑުގެ 02 )ދޭއް( މެންބަރުންނަކީ ބޭރު މީހުންކަމަށާއި، ދިވެހިބަހުން ލިޔަންކިޔަން ދަންނަ ބައެއްނޫންކަމަށާއި، އެއިން އެއްވެސް މީހަކު ދުވަހަކުވެސް ޢައިނާނ ޢަލީ މުޙައްމަދުއާބައްދަލުކޮށ ވަކާލާތުކުރުމަށް އެދިފައިނުވާއިރު، އެފަދަ ރިޒޮލިއުޝންއެއް ފާސްކޮށްފައިނުވާކަމުގައ އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
8އަޙްމަދ އަޝްފާޤު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިގެން އެ މައްސަލަ ސިވިލް ކޯޓުގައިކުރިއަށްދިޔައިރު، އެކަނި އިސްތެ އުނާފުކުރާ ފަރާތަށް އެނގިފައިނުވާކަމަށާއި، މި މައްސަލައިގެ ޙުކުމް ލިބިފައިވަނީ ސިންގަޕޫރުގައި ކުރިއަށް ދިޔަ ޝަރީޢަތެއްގެ ތެރެއިންކަމަށާއި، އޭގެ ފަހުން މިކަން ވީގޮތާ ބެލި ބެލުމުން، އެ މައްސަލައިގައ ހުށަހަޅާފައިވީ ލިޔެކިޔުންތަކަކީ ޞައްޙަނޫން ލިޔެކިޔުންތަކެއްކަން އެނގިގެންދިޔަ ކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
9ސިވިލް ކޯޓަށް ޢައިނާނި ޢަލީ މުޙައްމަދުގެ ފަރާތުން ހުށަހެޅި ބޯޑު ރިޒޮލިއުޝަ ންގައ 03 )ތިނެއް( ޑިރެކްޓަރުންގެ ނަން ޖަހައި ސޮއިކޮށްފައިވާއިރު، ސިވިލް ކޯޓުން އެދް ގެނިމިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓުން ފޮނުވި މަޢުލޫމާތު ޝީޓުގައި ކުންފުނީގެ ބޯޑުގައި ތިބެނީ 02 )ދޭއް( ޑިރެކްޓަރުންކަމަށް އޮތުމުން، ބޯޑު ރިޒޮލިއުޝަންގައި މައްސަލައެއްވާކަނ އެނގެން އޮތްނަމަވެސް، ސިވިލް ކޯޓުން އެކަމާ ގުޅޭ ގޮތުނެ ސުވާލުކޮށްފައިނުވް ކަން އެނގޭކަމަށާއި، އިސްތިއުނާފުކުރެވޭ މި މައްސަލައަކީ އިސްތިއުނާފުކުރާ ފަރާތުގެ ނަމުގައި މީހަކު ފޮނުވައިގެން ޝަރީޢަތަށް ވަކި ގޮތަކަށް ބަޔާންދީގެން ނިންމާފައިވާ މައްސަލައެއްކަމަށް ބެލެވެން އޮތުމާއި، މައްސަލައާ ގުޅޭ އެއްވެސް ކަމެއް ޙުކުމްކުރުމުގެ ކުރިއަކުން އިސްތިއުނާފުކުރި ފަރާތަށް އެނގިފައިނުވާކަނ އެނގެން އޮތުމުން، މިއީ އަދުލުވެރި އިންސާފުވެރި ޝަރީޢަތެއްގެ ސިފަތު އެކުއެކީގައި ނެތިގޮސްފައިވާ މައްސަލައެއްކަމަށް ބެލެވެން އޮތްކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
10އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ފޯމްގައި އެދޭގޮތްކަމުގައި ބަޔާންކޮށްފައިވަނ ސިވިލް ކޯޓުގެ ނަންބަރ 224/Cv-C/2021 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލކޮށްދިނުމަށެވެ. މި މައްސަލައާ ގުޅިގެނ 16 މޭ 2023 ގައަ ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފުކުރާ ފަރާތުންބުނެފައިވަނީ ބުނެވިދިޔ ސިވިލް ކޯޓުގް ޤަޟިއްޔާ އަލުން ބެލުމަށް ސިވިލް ކޯޓަށް ތަޙުވީލުކރުމަށ ނުވަތަ ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލުކުރުމާމެދު އިސްތިއުނާފުކުރާ ފަރާތުގެ އިޢުތިރާޟެއް ނެތްކަމުގައެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުގެ ރައްދު
11އިސްތިއުނާފީނުކުތާގެ ރައްދުގައި އަޙްމަދު އަޝްފާޤުގެ ފަރާތުނު ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ އިސްތިއުނާފީ ނުކުތާ މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ ޞައްޙަނޫން ފޯޖް ކޮށްފައިވު ބޯޑު ރިޒޮލިއޝަންއެއ ބޭނުންކޮށްގެން ޢައިނާން ޢަލީ މުޙައްމަދު އިސްތިއުނާފުކުރާ ފޮރާތް ތަމްސީލުކޮށް، ސިވިލަ ކޯޓުން ޙުކުމްކޮށްފައިވާކަމަށް ތުހުމަތުކށެވެ. ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައާ ގުޅިގެން ޝަރީޢަތަށް ހާޒިރުވުމަށް އިސްތިއުނާފުކުރާ ފަރާތަށް އެންގުމުން، އެ ކުންފުނީގެ ޤަރާރެއް މެދުވެރިކޮށް، އެ ކުންފުނި ތަމްސީލުކުރާ ފަރާތެއަޢް އްޔު ންކުރެވި، ސިވިލް ކޯޓުގެ ޑިސްޕިއުޓް މަރުޙަލާގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވާ މައްސަލައަކަށްވާއިރު، އެ މައްސަލައިގައި ކުންފުނި ތަމްސީލުކުރި ޢައިނާން ޢަލީ މުޙައްމަދ ބަޔާނެއް ދީފައިވާކަންވެސ ލިޔެކިޔުންތަކުން އެނގޭކަމަށެވެ.
12އާ މައްސަލައިގައި ވަކީލެއި ގެ ގޮތުގައި ޢައިނާން ޢަލީ މުޙައްމަދު ބަލައިގަނެފައިވަނީ ކޯޓުން ބަލަންޖެހޭ އެންމެހް ކަންކަން ބަލައި، އެކަމުގައި ފުރިހަމަވާންޖެހޭ އިޖުރާއަތު ފުރިހަމަވެގެންކަމުގައެ ބަލަންޖެހޭކަމަށާއި، އ ކުންފުނީގެ ފަރާތުން ފާސްކޮށްފައިވާ ޤަރާރަކީ އެ ކުންފުނީގެލެޓަރހެޑްގައި، ކުންފުނީގެ ސިއްކަ ޖެހިގެން ތައްޔާރުކުރެވިފައިވާ ޤަރާރެއްކަނ އެނގެން އޮންނަކަމަށެވެ.
13ސިވިލް ކޯޓުގައި މައްސަލަ ހިނގަމުންދިޔައިރު، މައްސަލައިގައި ހިމެނޭ ފަރާތްތައް ވަކި ގޮތަކަށް ޞުލްޙަވެ، އެއްބަސްވެވުނު ގޮތެއްގެ މައްޗަށް މައްސަލަ ނިމިގެންގޮސ، މަސްތަކެއް ހިނގާދާ ފަހުން ކޯޓުގެނިންމުމުގައިވާ ކަންކަމީ ތިމަންނަމެންގެ އެއްބަސްވުމެއް އެކަމުގައިވާ ކަންކަމެއްނޫންކަމަށާއި، އެކަމް އ ގުޅި އެއްވެސްކަމެއ ނުދެނަހުރިކަމަށާއި، ހުރިހާ ކަމަކަށް އިންކާރުކޮށް، އުފައްދާ ސުވާލަކީ އަދި ކުރާ އިންކާރަކީ އެ ފަރާތުނ ސާބިތުކޮށްދޭންޖެހޭނެ ކަމެއކް މަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ.
14ކުންފުނީގެ އިންތިޒާމްތައް ހުރިނެތްގޮތުގެ މައްޗަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނަންޖެހޭ އެއްޗެއް އޮތްކަމަށް ނުދެކޭކަމަށާއި، ކުންފުނީގެ ބައްދަލުވުން ވަކި އެޑްރެހެއްގައި ބ އްވުނުކަމަށް ބަޔާންކޮށްފައި އޮތު އޮތުމާމެދުއިސް ތިއުނާފުކުރާ ފަރާތުން އިޢުތިރާޟި ކޮށްފައިވާއިރު، އެކަމާމެދު އިސްތިއުނާފު ރައްދުވާ ފަރާތުނ ބުނާނެ އެއްޗެއް ނެތްކަމަށާއި، ކުންފުނީގެ ލިޔުން ތައްޔާރުކުރި ތާރީޚުގައި ކުންފުނީގެ މެންބަރުން ރާއްޖޭގައި ނެތުމުން މައސަލައަށ ޤާނޫނީގޮތުން އަންނަ ތަފާތެއނެތްކަމަށާއި، އެހެނީ އަދުގެ ދުނިޔޭގައި، އިދާރީ މިފަދަ ކަންކަމަކީ ފަސޭހަކަމާއެކ ތަފާތު ޤައުމުތަކުގައި ތިބިނަމަވެސ ކޮށް ނިންމާލެވޭ ކަންކަން ކަމުގައި ވާތީކަމުގައެވެ.
15ކުންފުނީގެ ބޯޑުގެ މެންބަރުންގެ ގޮތުގައި ތިބެނީ 02 )ދއް( މީހުންކަމަށްވާއިރު، ޤަރާރުގައި 03 )ތިނެއް( މީހުން ސޮއިކޮށްފައިވުމުން، އެއީ ޞައްޙަ ޤަރާރެއް ނޫންކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެ ހުށަހަޅާ ނުކުތާގައި، ޙަވާލާދޭ ޤަރާރަށް ބެލުމުން، އެ ޤަރާރުގައި ކުންފުނީގައި ތިބޭ މެންބަރުންގެ އަދާދް މެދު އެއްވެސ ސުވާލެއް އުފެދިފައިނުވާކަނ އެނގޭކަމަށާއި، އެ ޤަރާރުގައި ހަމައެކަނި ފެންނަން އޮތް ތަފާތަކީ ތިންވަނަ ފަރާތެއް ޑިރެކްޓަރެއްގެ ގޮތުގައި ބަޔާންކޮށް ސޮއިކޮށްފައި އޮންނަ އޮތުންކަމެވެ. އެއީ ކިހިނަކުންވ ކަމެއްކަމާމެދ އިސްތިއުނާފު ރައްދުވު ފަރާތުން ދޭނެ ޖަވާބެއް ނެތްކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތުނ ބުނެއެވެ.
16އިސްތިއުނާފީ ރައްދުވު ފަރާތުން ބުނެފައިވަނީމ އެންމި ކަންކަމަށް ބަލާއިރު، ފެންނަން އޮތް ޙަޤީޤަތަކީ އިސްތިއުނާފުކުރާ ފަރާތުގެ ބޯޑު ރިޒޮލިއުޝަން ފާސްކޮށްފައި އޮތްކަމަށާއި، އާ ބޯޑު ރިޒޮލިއުޝަ ންގައ ބުނި ގޮތުނު އަޙްމަދް އަޝްފާޤުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެ ކުންފުނި ތަމްސީލުކުރާނީ އަދި ކަރީވެސް ޢައިނާން ޢަލީ މުޙައްމަދކމަށެވެ.
17ރަސްމީ އެއްވެސް އިދާރާއަކަށް ފޯޖުކޮށްފައިވާ ލިޔުމެއް ހުށަހެޅިކަމަށް ތުހުމަތުކުރެވޭނަމަ، އެކަން ބަލައި ކުރިއަށް ދާނެ މަގު ރާއްޖޭގެ ޤާނޫނުތަކުގައީ ބަޔާންކޮށްދީފައިވާކަމަށާއި،އެގޮތުން ފޯޖުކޮށްވާ ލިޔުމެއް ރަސްމީ އިދާރާއަކަށް ހުށަހެޅުމަކީ ދިވެހިރާއްޖޭގެ ޤާނޫން ލްއުޤޫބާތުގައ ބުނި ގޮތުނާ ޖިނާއީ ކުށެއްކަމަށާއި، މި ބާވަތުގެ ކުށްތަކަކީ ހަމައެކަނި މީހަކު ބުނާ ބުނުމަށް ބަރޯސާވެ، މީހެއްގެ މައްޗަށް ސާބިތުކުރެވޭނެ އަދި ދަޢުވާވެސް އުފުލޭނެ ކުށެއް ނޫންކަމަށެވެ.
18އިސްތއުނާފި ރައްދުވު ފަރާތުން އެދޭގޮތްކަމުގައި ބަޔާންކޮށްފައި ވަނީ އަންނަނިވި ފަދައިންނެވެ. "އިސްވެ ބަޔާންކުރެވުނު ކަންތައްތަކަށް ބަލައި އިސްތިއުނާފު ރައްދުވާ ފަރާތުން އެދެނީ:
5.1 ސިވިލް ކޯޓުގެ ނަންބަރު: 224/Cv-C/2021 ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭނެ ޤާނޫނީ ނުވަތަ ޝަރުޢީ ސަބަބެއްވެސް ނެތްކަމަށް ކަނޑައަޅުއްވައިދެއްވުމަށާއި؛
5.2 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 95-B8/CHT/2022/3350 )07 އޮގަސްޓް 2022 ( "ޙުކުމް ތަންފީޛުކުރުން ފަސްކުރުމުގު އަމުރު" ގައިވާ ޢިބާރާތަށް ބަދަލު ގެންނަވައި، ސިވިލް ކޯޓުގެ ޙުކުމުގައި ފައިސާ އަޙްމަދު އަޝްފާޤުއަށް ލިބިދިނުމަށްޓަކައި ސިވިލް ކޯޓަށް ދައްކަމުން ގެންދިޔުމަށް ޙުކުމްކުރައްވާފައިވާއިރު، އަޙްމަދު އަޝްފާޤުގެ ފަރާތުން އެދެނީ ސިވިލް ކޯޓުން ކުރައްވާފައިވާ ޙުކުމާ އެއް ގޮތަށް އިސްތިއުނާފުކުރަ ފަރާތުން ސިވިލް ކޯޓަށް ފައިސާ ދައްކަމުން ގެންދިޔުމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްތިއުނާފުކޮށްފައިވާ މއްސަލ އަޙްމަދު އަޝްފާޤްގެ ފަރާތުން 05 ސެޕްޓެންބަރު 2022 ގައި ހުށަހަޅާފައިވާ "އިސްތިއުނާފީ ދަޢުވާގެ ޖަވާބު ހުށަހަޅާ ފޯމު" ގެ 5 ވަނަ ނަންބަރު ނިމެންދެން ނުވަތް ދިވެހިރާއްޖޭގެ ހައިކޯޓުން ވަކި ގޮތަކަށް އަންގަންދެން ސިވިލް ކޯޓަށް އިސްތިއުނާފުކުރާ ފަރާތުން ދައްކާ ފައިސާ އެއްވެސަ ފަރާތަކަށް ދޫނުކުރުމަށް އަމުރުކޮށްދެއްވުމަށެވެ." ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން
19މި މައްސަލައިގައި ޝަރީޢަތުގެ ކުރިމަތީގައި އޮތް ސުވާލަކީ ސިވިލް ކޯޓުގެ ނަންބަރު 224/Cv-C/2021 ޤަޟިއްޔާގައި އިސްތިއުނާފުކރު ފަރާތުން ތަމްސީލުކުރް ފަރާތް ކަމަށް ބުން ފަރާތުނ ސިވިލް ކޯޓަށް 01 އެޕްރީލް 2021ގައި ހުށަހަޅާފައިވާ 11 މާރިޗު 2021ގެ ތާރީޚުގައި ފާސްކޮށްފައިވާ ބޯޑް ރިޒޮލިއުޝެނ )މީގެ ފަހުން "ބޯޑު ރިޒޮލިއުޝަން"(ގ ޞައްޙަކަމާ ގުޅޭ ގޮތުން އުފައްދާފައިވާ ޖަދަލާއި ގުޅިގެންއެ ބޯޑު ރިޒޮލިއުޝަންއަކީ އޭގެ ޒތުނ އޮޅުވާލުމެއް ހިމެން ނުވަތަ މަކަރާއި ހީލަތް (fraud) އެކުލެވޭ ލިޔުމެއްނަމަ، އޭގެ މައްޗަށް ބިނާކޮށް، ނިންމާފައިވާ ނިންމުން ބާޠިލުކުރެވޭނެތޯއެވެ. ނުވަތަ އެ ނިންމުން އަލުން ބެލުމަށް އެންގޭނެތޯއެވެ.
20މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވި ހަކަތަކުގެ މައިގަނޑު އަމާޒަކަށްވަނީ ސިވިލ ކޯޓަށި ހުށަހެޅުން ބޯޑު ރިޒޮލިއުޝަންއެވެ. އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އެއީ އެ ފަރާތުގެ އެނގުމާއި ފެނުމުގެ ތެރޭގައި ހުއްދަ ދެވިގެން ހުށަހެޅިފައިވާ ޤަރާރެއްނޫންކަމަށާއި، ދަށު ކޯޓުގއަ އ މައްސަލް ހިނގިކަމެއ އެ ފަރާތަށް އެއިރު އެނގިފައިނުވާކަމަށެވެ.
21ސުވާލު އުފައްދާފައިވާ ބޯޑު ރިޒޮލިއުޝަންއަށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަވެއެވެ.
21.1 "ޓަފް"ގެ ނަމުގައިވާ އެ ބޯޑު ރިޒޮލިއުޝަންގެ ސުރުހީގައިވަނީ "11 މާރިޗް 2021ގައި ބޭއްވުނު މި ކުންފުނީގެ ބޯޑު މެންބަރްންގެ ޖަލްސާއިން އަންނަނިވި ފަދައިން ފާސްކޮށްފީމެވެ" މިފަދައިންކަން.
21.2 ރަޖިސްޓްރީ އެޑްރެހަކީ […] ކަމަށާއި، ބޯޑު މެންބަރުންގެ އަދަދަކީ 02 )ދޭއް( މެންބަރުންކަމަށާއި، ކޯރަމް ހަމަވާ މިންވަރަކީ 02 )ދޭއް( ކަމުގައި ބަޔާނކުރާކަން.
21.3 ޖަލްސާ ބޭއްވުނު ތާރީޚަކީ 11 މާރިޗް 2021 ވަނަ ދުވަހުގެ 20:00 ގައި "މ.ޕެޓޫނީ 3 ވަނަ ފަންގިފިލާގައި" ކަމުގައި ބަޔާންކުރާކަން.
21.4 މ ޤަރާރުގައި ކަނޑައަޅައި ނިމިފައިވާ ގޮތް ކަމުގައި ބަޔާންކުރަނީ "ޓަފް އިންފްރާ ޕްރައިވެޓް ލިމިޑެޓްގެ މައްޗަށް ރައްދުވާގޮތަށް ށ.ފޯކައިދޫ އައްސޭރި އަޙްމަދު އަޝްފާޤު ސިވިލް ކޯޓަށް ހުށަހަޅާފައިވާ ނަންބަރ 224/Cv-C/2021 ގެ މައްސަލައިގައި މި ކުންފުނީގެ ފަރާތުން ޖަވާބުދާރީވުމަށާއި ހުށަހަޅާ ލިޔުންތަކުގައްޔާއ ހުށަހެޅި ލިޔުންތަކުގައި ސޮއިކުރުމަށް، މި ކުންފުނީގެ ބަދަލުގައި ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވުމަށް ގދ.ފިޔޯރީ މާވެހި ޢައިނާން ޢަލީ މުޙައްމަދ () ކަނޑައަޅައި ޢައްޔންކުރަނ ވަނީ ނިންމާފައެވެ." މިފަދައިންކަން.
21.5 ޙާޟިރުވި މެންބަރުންގެ ގޮތުގައި ސޮއިކޮށްފައިވަނީ ޤަނޭޝް ޕައުލް ރާޖް/މެނޭޖިންގ ޑިރެކްޓަރ، ނަތަރާޖަން ޕައުލްރާޖް/ޑައިރެކްޓަރ އަދިސައިދ މަތީން އަޙްމަދު ސއްޤާފް/ޑައިރެކްޓަރ ކަން.
22ޓާފް އިނޭފްރް ޕްރައިވެޓް ލިމިޓެޑް އ ގުޅާގޮތުނ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މަޢުލޫމާތުތަކަށް ބަލައި، އަންނަނިވި ކަންކަން ފާހަގަކުރަމެވެ.
22.1 ޓަފް އިންފްރާ ޕްރައިވެޓް ލިމިޓެޑް Limited) Private Infra (Tuffއަކީ ޤާނޫނީ ނަންބަރު 96/10 )ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު(ގެ ދަށުން ދިވެހިރާއްޖޭގައި 25 ޖަނަވަރީ 2018ގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުންޏެއްކަން.
22.2 މި ކުންފުނީގެ ރަޖިސްޓްރޭޝަން ނަންބަރަކީ C-0109/2018ކަން.
22.3 މިނިސްޓްރީ އޮފް އިކޮނިމިކް ޑިވޮލެޕްމެނޓްގް "ކޮމްޕެނީ އިންފޮމޭޝަން ޕްރޮފައިލް ޝީޓް" އިން ކުންފުނީގެ ރަޖިސްޓްރީ އެޑްރެހަކީ […] ކަމާއި، ކުންފުނީގެ ހިއްސާދާރުންނަކީ އިނގިރޭސިވިލާތުގެ ރައްޔިތެއްކަމުގައިވ Ganesh Paulraj )ގަނޭޝް ޕައުލް ރާޖް( އާއި އިންޑިޔާގެ ރައްޔިތެއްކަމުގައިވ Syed Matheen Ahamed Saqqaf )ސައިދ މަތީން އަޙްމަދު ސައްޤާފ( ކަމާއި، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކު Ganesh Paulraj )ގަނޭޝް ޕައުލް ރާޖް( ކަމާއި، އަދި ކުންފުނީގެ ބޯޑް އޮފް ޑިރެކްޓަރުންނަކީ Paulraj Ganesh )ގަނޭޝް ޕައުލް ރާޖް( އާއި Syed Matheen Ahamed Saqqaf )ސައިދ މަތީން އަޙްމަދު ސައްޤާފް( ކަމާއި، ކުންފުނީގެ ސެކްރެޓަރީއަކީ ޢަބްދުލްމަޖީދު ޢަލ ކަން.
23މި މައްސަލައާ ގުޅޭ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން މިކޯޓަށް ހިއްސާކޮށްފައިވާ ލިޔުންތަކުނާނާއ އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އެހެނިހެން ލިޔުންތަކުން އަންނަނިވި ކަންކަން ފާހަގަވެއެވެ.
23.1 ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު G(M2)/95/2023/14171- )04 ޖޫން 2023 ( ސިޓީން ޓަފް އިންފްރާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފޯޖަރީގެ މައްސަލައެއް (LC2021/05996) 31 މެއި 2021 ގައިހުށހަޅާފައިވާކމަށާއި، މި މައްސަލައާ ގުޅިގެން ޓަފް އިންފްރާ ޕްރައިވެޓ ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓުގައި ތަމްސީލުކޮށްފައިވ ޤާނޫނާ ވަކީލް )އަލްއުސްތާޛު ޢައިނާން ޢަލ މުޙައްމަދު( އާއި ތަހުޤީޤުގައ ސުވާލުކުރުމުން، ކުންފުންޏާއި އެ ފަރާތާއި ދެމެދު ހިނގާފައިވާ މުޢާމަލާތްތަކުގައި އޮޅުވާލުމުގެ ޢަމަލުތަކެއަހިމެނޭކަން ފްހަގަވާކާ މަށެބަޔާންކޮށްފައވެއެވި . ސިވިލް ކޯޓުގެ ނަންބަރު CR1/101/2021/112-144/B1 )11 މާރިޗް 2021( ސިޓީއާ ގުޅިގެން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ފޮނުވާފައިވާ އެ މިނިސްޓްރީގެ ނަންބަރު 101-BR/144/2021/111 )23 މާރިޗް 2021 ( ސިޓީއާއެކު ފޮނުވާފައިވާ ޓަފް އިންފްރާ ޕްރައިވެޓް ލިމޭ ޓެޑިއ ގުޅާ މަޢުލޫމާތު ހިމެނޭ ލިޔުން ޙުކުމް އިއްވިއިރު "އަޙްމަދ މަޖީދު ޢަލީ" މިފަދައިން ކިޔުނު ނަމަވެސް ރަނގަޅު ގޮތަކީ "ޢަބްދުލް މަޖީދު ޢަލީ"އެވެ.
23.2 މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަހުޤީޤަށް ޢައިނާނ ޢަލީ މުޙައްމަދު ދީފައިވާ ބަޔާނަށް ބަލާއިރު، 11 މާރިޗު 2021 ގައި 7458714 ފޯނު ނަންބަރުން ޢައިނާން ޢަލީ މުޙައްމަދުއަށް މީހަކު ގުޅިކަމަށާއި، ފޯނު ނުނެގުމުން މެސެޖްކޮށްފައ ކޭސްއެއްގައ ކޯޓަށި ދެވިދާނެތޯ ސުވާލުކުރިކަމަ ށާއި، އިތުރަށް މަޢުލޫމާތު ސާފުކުރުމުން އެމީހަކު ސުހައިލް ނަމަކަށް ކިޔާ މީހެއްކަމަށް ބުނިކަމަށާއި، އަޝްފާޤް ނަމަކަށް ކިޔާ މީހަކު އެ މީހުންގެ ކުންފުނީގެ މައްޗަށް ދަޢވާކޮށްފައިވާކަމަށް ބުނިކަމަށެވެ. ބޯޑް ރިޒޮލިއުޝަން އާއި ޚިދުމަތް ފޯރުކޮށްދޭކަމުގ އެއްބަސްވުމުގެ އިތުރުން ބަދަލު ފޯމު ފޮނުވައިދިނުމަށް ސުހައިލް ނަމަކަށް ކިޔާ ފަރާތުގައި ޢައިނާން ޢަލީ މުޙައްމަދު އެދުނުކަމަށާއި،ބޯޑު ރިޒޮލިއުޝަން އާއް ބަދަލު ފޯމު އަދި އެއްބަސްވުމުގައި ސޮއިކުރާނީ ކޮން ފަރާތތަކެއްތޯ ސުވާލުކުރުމުން 12 މާރިޗު 2021 ގައް ވައިބަރ މެސެޖްކޮށް ސޮއިކުރާނީ ގަނޭޝް ޕައުލްރާޖް )އެމް.ޑީ(، ނަތަން ޕައުލްރާޖް )ޑައިރެކްޓަރ( ކަމަށ އެފަރާތުން ބުނިކަމަށެވެ. އޭގެ ފަހުން ކޯޓަށް ހާޒިރުވެ ދިނުމަށް އެދުމުން، ކޯޓަށް ބޭނުންވާ ބަދަލު ފޯމާއި ބޯޑު ރިޒޮލިއުޝަން އެފަރާތަށް ފޮނުވާފައިވާކަމަށާއި، އެ މައްސަލައިގައ 14 މާރިޗު 2021 ގައި ޢައިނާން ޢަލީ މުޙައްމަދު އާއި އަން އ ފަރާތުގެ ވަކީލް ކޯޓަށެ ދިޔަކަމަށަބުނެފައިވެއެވެ.ސުހު އިލގެ ނަމުގައި ވާހަކަ ދައްކަމުންދާ ފަރާތާމެދު ޝައްކު އުފެދުނުކަމަށާއި، "މ.ޕެޓޫނީ" ނަމަކަށް ކިޔް ގޭގައި އޮފީސް ހިންގިކަމަށާއި މިހާރު ވިޔަފާރި ހުއްޓާލިފަހުން އިތުރު ތަނެއް ނީންނާނެކަމަށް އެފަރާތުނިބުނިނަމަވެސް،އެ އެޑްރެހުގައކުޓަފް އިންފްރާގެ އޮފީހެއް ނފެނުނުކމުގައި ބުނެފައިވެއެވެ. ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅިގެން ސުހައިލް ނަމަކަށް ކިޔާ ފަރާތަށް ޢައިނާން ޢަލީ މުޙައްމަދު ގުޅާ، ކިތައް މަހުންތޯ ފައިސާ ދެއްކޭނީ ސުވާލުކުރިކަމަށާއި، އަދި ޖަވާބުގައި 02 )ދޭއް( ނުވަތަ 03 )ތިނެއް( މަސް ތެރޭ ފައިސާ ދެއްކިދާނެކަމަށ ބުނިކަމަށް ބުނެއެވެ. 06 އެޕްރީލް 2021 ގައި ސިވިލްކޯޓުން ގުޅާފައި އަޝްފާޤަށ ދޫކުރި ޗެކުގެ ކޮޕީއެއް ލިބިދާނެތޯ ސުވާލުކުރުމުން ސުހައިލް ނަމުގައި ވާހަކަ ދައްކަމުން ދިޔަ ފަރާތާ ސުވާލުކުރުމުން ޗެކެއް އޮންނާނެހެން ހީނުވާކަމަށް ބުނިކަމަށް ބުނެއެވެ.އަޝްފާޤުއާ ސުހައިލް އ ދެމީހުން ދައްކަމުންދިޔަ ވާހަކަތައް އެއްގޮތްކަމަށްޝައްކުވެގެން ސުހައިލާ ގެ ނަމުގައި ވާހަކަ ދެއްކި ފަރާތަށަ ގުޅް އެފް ރާތުގެ އައިޑީ ކާޑު ކޮޕީއެއް ހޯދުމަށް އެދުނުކަމަށާއި، އޭނާގެ އައީޑީ ކާޑުކަމަށް ބުނެ ވަރަށ ނުސާފ ކޮޕީއެއް ފޮނުވިކަމަށާއި، އެ އައިޑީ ކާޑު ކޮޕީގައި ތަފާތު މައްސަލަތައް ފާހަގަކުރެވުނުކަމަށާއި، އިލެކްޝަން ކޮމިޝަންގެ ވޯޓް ރަޖިސްޓްރޭޝަންއަށް މެސެޖުކޮށ އެއް ކާކުގެ ނަމުގައިވާ އައީޑީ ކާޑެއްތް ޗެކްކުރިކަމަށާއި،އެއީ އަންހެން ބޭފުޅެއްގެ އައީޑީ ކާޑު ނަންބަރެއްކަނ އެނގުނުކަމަށެވެ. އަދި އެކަމުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރިކަމަށް ފާހަގަވާކަމަށް ކޯޓުގައި ބުނެފައިވާނެކަމަށާއި، އެހެންނަމަވެސް ޤާޟީ ޙުކުމުގައި ސޮއިކޮށްފިކަމަށާއި، ދަޢުވާކުރި ފަރާތަށްވެސް ޙުކުމް ފޮނުވާފައިވާކަމަށް ލަފާކުރެވޭކަމުގައި ކޯޓުން މަޢުލޫމާތު ދިންކަމަށެވެ.އަދ މި މައްސަލި އިތުރަށް ތަހުޤް ޤުކުރުމަށް ޢައިނާން ޢަލީ މުޙައްމަދުގެ ފަރާތުނާ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވް ނެކަމުގައ ބުނި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަހުޤީޤަށް ޢައިނާނ ޢަލީ މުޙައްމަދު މިފަދައިން ބަޔާންދީފައިވއެވ.
23.3 މޯލްޑިވްސް އިމިގްރޭޝަންގެ ނަންބަރު 94-L/PRIV/2021/73 )17 އޮގަސްޓް 2021 ( "އަމިއްލަ މީހުން ފޮނުވާ ސިޓީގެ ޖަވާބު" ގައްޓފް އިންފްރާ ޕްރައިވެޓް ލިމިޓެޑްގެ ބޯޑާ އޮފް ޑިރެކްޓަރުންގެ ތެރެއިން އިންޑިޔާގެ ރައްޔިތެއްކަމުގައިވ Saqqaf Ahamed Matheen Syed ނަންބަރު ޕާސްޕޯޓުގައ އެންމި ފަހުން ރާއްޖެ އައިސްފައިވަނީ 21 އޮގަސްޓް 2019ގައި ކަމަށާއި، އަދ 01 އޮކްޓޫބަރު 2019ގައި ފުރާފައިވާކަމަށާއި، އޭގެ ފަހުން މި ޕާސްޕޯޓުން ބިދޭސީ ފަރާ ތެއް ރާއްޖެ އެތެރެވެފައިވާކަނ ރިކޯޑުތަކުންނުދައްކާކަމަށާއި، އިނގިރޭސިވިލާތުގެ ރައްޔިތެއކަމުގައިވ Paulraj Ganesh ނަންބަރު 518177493 ޕާސްޕޯޓުގައ އެންމި ފަހުން ރާއްޖެ އައިސްފައިވަނީ 19 ޖޫން 2019ގައި ކަމަށާއި، އަދ 20 ޖޫން 2019ގައި މި ނަންބަރު ޕާސްޕޯޓުން ފުރާފައިވާކަމާއި، އޭގެ ފަހުން މި ޕާސްޕޯޓުން ބިދޭސީ ފަރާތެއް ރާއްޖެ އެތެރެވެފައިވާކަން ރިކުޑުތަކުން ނުދައްކާކަމުގައޯ މަޢުލޫމާތު ދީފައިވާކަން އެނގެއެވެ.
24HN1އިންސާފުގެ ހަމައިގެ އަސާސީ އެއް އުޞޫލަކީ ޝަރީޢަތުން ނިންމާފައިވާ ނިންމުން ދެމެހެއްޓުމެވެ. މިއީ ސްޓާރޭ ޑިސައިސިސ decisis) (stare މަފްހޫމްވެސްމެއެވެ. އަދި މިއީ ދަޢުވާއަށް ނިމުމެއް އޮންނަންޖެހޭކަމުގެ އަސާސްވެސްމެއެވެ. ހަމަ މިއާއެކު އޮތް އިންސާފުގެ އަނެއް ހަމައަކީ މަކަރާއި ހީލަތުން ކުރާ ކަންކަމުގެ ފައިދާ ނެގިގެން ނުވާނެކަމެވެ. މިސާލަކަށް އޮޅުވާލައިގެން ނުވަތަ މަކަރާއި ހީލަތް ބޭނުންކިށްގެނ ޙުކުމެއް ކަށަވަރުކުރާނަމަ، މިކަމުގައި އިސްކަންދޭނީ ފައިސަލާކުރަނިވި ޙުކުމަށްތޯ، ނުވަތަ މަކަރާއި ހީލަތުން ކަށަވަރުކޮށްފައިވ ޙުކުމާ އެއްފަރާތްކުރުމަށްތޯ، މިއީ ޝަރީޢަތުން އިންސާފުގެ ހަމަ ކިރައި، ޖަވާބު ދޭންޖެހޭނެ ސުވާލެކެވެ. މިކަމުން އެނގިގެންދަނީ، ޝެ ރީޢަތުން ނިންމާފައިވާ ނިންމުން ދެމިއޮތުމުގެ އިސްތިސްނާތަކެއްވާކަމެވެ. އެހެނަސް، މިފަދަ އިސްތިސްނާގެ މަގު ޚިޔާރުކުރަންޖެހޭނީ ވަރަށް ޚާއްޞަ ޙާލަތްތަކުގައި، ދަޢުވާއަށް ނިމުމެއް އަންނަންޖެހޭނެކަމުގެ އަސާސްއަށް ސަމާލުވެގެންނެވެ.
25HN2ޙުކުމަކަށް ވާސިލުވެފައިވަނީ އްކަމުގެ ތެރޭގައި އޮޅުވާލުމެއް ނުވަތަ މަކަރާއި ހީލަތް ހިމެނޭ ހެއްކަކަށް ރިޢާޔަތްކޮށްގެންކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުފުދޭނެއެވެ. މީގެ ބޭނުމަކީ ޙުކުމަށް ޢަމަލުނުކުރުމަށ އުޒުރެއް ހޯދުމެއްވެސްނޫނެވެ. މިއާ ޚިލާފަށް، މީގެ ބޭނުމަކެ އެކަމުގައި މަކަރާތ ހީލަތް ނުވަތް އޮޅުވާލުން އޮތުމުގެ ސަބަބުން، ޙައްޤު ހޯދުމަށްޓަކައި ދިފާއެއް ނެގުމުގެ ފުރުޞަތު ގެއްލިފައިވާކަން ނުވަތަ އެކަމުގެ ސަބަބުން ދިފާއު ހުށަހެޅިފައިނުވާ ސަބަބު ހާމަކޮށް، އެކަމަށް ގޮތެއް ކަނޑައެޅުމެވެ.އަދި އެ ހެއްކަށް ރިޢާޔަތްނުކަރިނަމަ، ނެންމުން ބަދަލުވާނެކަމުގެ އިހުތިމާލު އޮތްކަން ދެއްކުމުގެ ބޭނުމުގއިވެސްމެއެވ. ލެޓިން މެކްސިމް Ut sit finis litium Australian Securities and Investments Commission v ActiveSuper Pty Ltd (No 4) [2013] FCA 318
26HN3ކޯޓުތަކުގައި އޮޅުވާލައި، މަރަކާރާއި ހީލަތް ބޭނުންކޮށް، އެއަށް ބަރޯސާވެ ކޯޓުން ނިންމާ ނިންމުންތަކާއި ގުޅޭ ގޮތުނ .Co Empire Hartford v. .Co Glass Atlas-Hazel ޤަޟިއްޔާގައި ބަޔާންކުރަނީ އަންނަނިވި ފަދައިންނެވެ. “…[The] general rule [is] that [federal courts will] not alter or set aside their judgments after the expiration of the term at which the judgments were finally entered …[But] every element of the fraud here disclosed demands the exercise of the historic power of equity to set aside the fraudulently begotten judgment…” 12 11 އަދި United States v. Throckmorton ޤަޟިއްޔާގައި އަންނަނިވި އުޞޫލު ޤާއިމުކޮށްފައިވެއެވެ. “But there is an admitted exception to this general rule in cases where, by reason of something done by the successful party to the suit, there was, in fact, no adversary trial or decision of the issue in the case. Where the unsuccessful party has been prevented from exhibiliting fully his case by fraud or deception practised on him by his opponent, as by keeping him away from court, a false promise of a compromise or where the defendant never had knowledge of the suit, being kept in ignorance by the acts of the plaintiff, or where an attorney fraudulently or without authority assumes to represent a party and connives at his defeat; or where the attorney regularly employed corruptly sells out his interests to the other side – these and similar cases, which show that there has never been a real contest in the trial or hearing of the case, are reasons for which a new suit may be sustained to set aside and annul the 322 US 238 (1944) at 244,245 މި އިބާރާތް ބަހުން ބަހަށް ދިވެހިބަހަށް ތަރުޖަމާކުރުމުގައި މީގެ އަސްލު ދޭހަ ގެއްލިދާނެކަމަށްޓަކައ އިނގިރޭސި ބަހުން މި ޢިބާރާތްގެނައީމެވެ. މި އިބުރާތުގ ކުރި ތަރުޖަމާއަކީ ޢާންމު އުސޫލަކީ ފެޑަރަލ ކޯޓުތަކުން އެ ކޯޓަކުން ކޮށްފައިވާ ޙުކުމެއް، އެ ޙުކުމް ކުރުމަށްފަހު،އެ ޙުކުމް ބަދަލު ނުވަތަ ބާޠިލު ނުކުރުމެވެ. ނަމަވެސް، މަކަރާ ހީލަތުގެ މައްޗަށް އޮތް ޙުކުމއ އެކަން ހިނގާފައިވާ ގޮތަށް ބަލައި، ބާޠިލުކުރުމަށްއިކުއިޓީގެ ހަމަތަކުނެބާރުއަޅާ ކަމެވެ. 98 US 61 (1878) މި އިބާރާތް ބަހުން ބަހަށް ދިވެހިބަހަށް ތަރުޖަމާކުރުމުގައި މީގެ އަސްލު ދޭހަ ގެއްލިދާނެކަމަށްޓަކައ އިނގިރޭސި ބަހުން މި ޢިބާރާތްގެނައީމެވެ. މ އިބާރާތުގެ ހުލާޞާތަރު ޖަމާއަކ ޢާންމު އުޞޫލަށް އިސްތިސްނާ ޙާލަތްތަކެއްވާކަމަ ށާއި، އެއީ؛ މައްސަލަ ކާމިޔާބު ކޮށްފައިވާ ފަރާތުން ކުޅަ އަމަލެއްގެ ސަބަބުން، މައުޟޫޢީގޮތުން މައްސަލި ނިންމާފައިނުވުމާއި، މަކަރާ ހީލަތުގެ ސަބަބުން މައްސަލައިގައި ނާކާމިޔާބުވި ޚޞަ މަށް އެ މައްސަލަ ކޯޓަށް ހުށަހެޅިފައިވާކަން އެނގެން ނެތް ޙާލަތުގައި ނުވަތްޚްސމު ޢައްޔަންކޮށްފައިނުވާ ފަރާތެއް މަކަރާ ހީލަތުނާޚަ ސްމު ތަމްސީލުކޮށްފައިވެ ޙާލަތުގައެވެ. އިސްވެ ބަޔާންކުރެވުނު ޙާލަތްތަކުގައި މަކަރާ ހީލަތުގެ މައްޗަށް އޮތް ޙުކުމް ބާޠިލުކޮށް އަލުން ހާމަކަމާއި އަދުލުވެރި ޝަރީޢަތެއްކުރުމުގެ ފުރުޞަތު ހުޅުވާދެއެވެ. former judgment or decree and open for a new and fair hearing…In all these cases and many others which have been examined relief has been granted on the ground that, by some fraud practiced directly upon the party seeking relief against the judgment or decree, that party has been prevented from presenting all of his case to the court”.
27މަކަރާއި ހީލަތް ބޭނުންކޮށްގެން ޙުކަމަކަށް ވާސިލުވެފައިވާހިނދު، އެ ޙުކުމް ބާޠިލުކުރެވޭނެ ޙާލަތްތަކާއި ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ސުޕްރީމް ކޯޓުނ ts Ltd and othersTakhar v Gracefield Developmen ޤަޟިއްޔާގައި އުޞޫލުތަކެއް ކަނޑައަޅާފައިވެއެވެ. އެއީ )1( މަކަރާއި ހީލަތް ބޭނުންކޮށްގެން ވާސިލުވި ޙކުމެއ ކަމުގައް ބުނި ޙުކުމަކީ، ގަސްދުގައި އޮޅުވާލައިގެން (dishonesty) ލިބިގަނެފައިވާ ޙުކުމެއްކަން އެނގޭނެ ކޮންމެވެސް ހެއްކެއް، ޢަމަލެއް ނުވަތަ ބަޔާނެއް އޮތުން )2( މި ހެކެ،ޢަމަލު ނުވަތު ބަޔާނަކީ ނިންމުމަށް ބަދަލު އަތުވެދާނެ ހެއްކަކަށް ނުވަތަ ޢަމަލަކަށް ނުވަތަ ބަޔާނަކަށްވުން )އޮޅުވާލުމަށް ބޭނުންކޮށްފައިވާ ހެއްކަކީ، އެ މައްސަލައިގެ ނިންމުމަށް ވާސިލުވުމަށް މުހިންމުކަމެއް ދެވި، (material) ޙުކުމަށް ވާސިލުވި cause operative އަށް ވުން ( )3( ނިންމާފައިވާ ނިންމުމަށް ވާސިލުވި ހެކިތަކަށް ކުރާނެ އަސަރުގެ މައްޗަށް ލިބުނު އައު ހެކީގެ މުހިންމުކަން (materiality) ވަޒަންކުރުމެވެ.
28HN4އޮސްޓްރޭލިޔާ ގ Rogers v Wentworth ޤަޟިއްޔާގައިޝަރީޢަތުގެ މަރުޙަލާގައް މަކަރާއި ހީލަތް ބޭނުންކޮށް، އެއަށް ބަރޯސާވެ ކޮށްފައިވާ ޙުކުމެއް މުރާޖައާކުރެވޭނ ނުވަތެ ބާޠިލުކުރެވޭނެ ޙާލަތްތައް ބަޔާންކުރެއެވެ. އެގޮތުން މިކަމުގައި ހިމެނޭ މިންގަނޑުތަކަކީ: [2019] UKSC 13 Wentworth v Rogers (No 5) (1986) 6 NSWLR 536 at 537-541
1. އެ ދަޢުވާގައި މައިގަނޑު ބިނާއަކީ މަކަރާއި ހީލަތްކަމަށްވެފައި، އަދި އެ މަރުޙަލާގައެ މަކަރާއި ހީލަތުގ ޢަމަލުތައް ސާފުކޮށް ބަޔާންކޮށްދިނުމާއި، އަދި އެފަދަ ތުހުމަތެއް އުފަންވާކަން ދަލާލާތުކޮށްދޭ ހެކި ހުރުން؛
2. ނިންމުމަށް ވާސިލުވެފައިވަނީ މަކަރާއި ހީލަތް އެކުލެވޭ ހެއްކަކަށް ބަރޯސާވެގެން ކަމަށް ބުނާ ފަރާތަށަ ލިބިފައިވާ އައު ޙަޤީޤަތްތަކުގެ މައްޗަށް ބިނާކޮށް، ކުރީގެ ނިންމުން މުރާޖައާކުރެވޭނެފަދ ނުވަތަ ބާޠިލުކުރެވޭފަދ މުހިންމު ނުވަތަ ބޭނުންތެރި ސަބަބުތައް ވުޖޫދުގައިވުން؛
3. ލިބިފައިވާ އައު ޙަޤީޤަތްތަކުން މަރަކާއި ހީލަތް ހިނގާފާއިވާކަމުގެ ހަމައެކަނި ޝައްކެއް އުފެދުން ނުފުދޭނެކަން؛
4. ހަމައެކަނި ތުހުމަތެއް އޮތުމަކުން ނުވަތަ ދޮގު ހެކިބަސް ދީފައިވުމަކުން، ކޮށްފައިވާ ޙުކުމެއް މުރާޖައާކުރުމުގ ނުވަތެ ބާޠިލުކުރުމުގެ އިސްތިސްނާ ޙާލަތެއް އޮތްކަމަކަށް ނުބެލެވޭނެކަން؛
5. ކާމިޔާބުވި ފަރާތުން މަކަރާއި ހީލަތް ބޭނުންކޮށް، އޭގެ ނަތީޖާއެއްގެ ގޮތުގައި ވާސިލުވި ޙުކުމުން ނުޙައްޤު މަންފާއެއް އެ ފަރާތަށް ލިބިފައިވާކަމުގެ އެކަށީގެންވާ ހެކި ލިބިފައިވުން؛
6. މަކަރާއި ހީލަތުގެ ސަބަބުން އަސަރުކޮށްފައިވާކަމަށ ބުން ޙުކުމެއްގައި މަކަރާއި ހީލަތް ޝާމިލުވާކްން ސާބިތުކޮށްދޭންޖެހޭނީ މަކަރާއި ހީލަތް ހިމެނޭކަމަށް ބުނީ ޙުކުމް މުރާޖައާކުރުމަށް ނުވަތަ ބާޠިލުކުރުމަށް އެދޭ ފަރާތުންކަމާއި، އޭގައި މަކަރާއި ހީލަތެއްވާކަނ ޤާއިމުކުރަންޖެހޭނީވެސ އެ ފަރާތުންކަމެވެ.
29މިފަދަ ޙުކުމެއް މުރާޖައާކުރުމަށް ނުވަތަ ބާޠިލުކުރުމަށް ހުށަހަޅާއިރު، މަކަރާއި ހީލަތް މެދުވެރިވެފައިވާކަން ދައްކުވައިދޭ އައު ހެއްކަކީ އޭގެ އަސްލު މައްސަލަ ހިނގި މަރުޙަލާގައާލިބިފައިނުވާ އަދި އެކަށީގެންވާ ފަރުވާތެރިކަމެއް ބެހެއްޓިނަމަވެސް ހޯދިފައިނުވާ ހެއްކކަށްވާންޖެހޭނެއެވެ. ހަމައެއާއެކު، މަކަރާއި ހީލަތުގެ ސަބަބުން ގުދުރތަ އިންސާފަށް ޝަރީޢަތް ކުރުމުގައި ހުރަސްތަކެއް ކުރިމަތިވެ، އެކަމުގެ ސަބަބުން އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއަޅާފައިވުމަކީވެސ ޝަރީޢަތުން ކޮށްފައިވް ޙުކުމެއް މުރަޖައާކުރެވޭނ ނުވަތެ ބާޠިލުކުރެވޭނެ ސަބަބެކެވެ. އަދިއެ މަކަރާއި ހީލަތުގެ ސަބަބުން މައްސަލައިގެ ޚަޞްމަކަށް އޭނާގެ ދަޢުވާ ނުވަތް ދިފާއު ހުށަހެޅުމަށް ހުރަސްއެޅިފައިވުމަކީވެސ ކޮށްފައިވް ޙުކުމެއް މުރާޖައާކުރުމަށް ނުވަތަ ބާޠިލުކުރުމަށް އެކަށީގެންވާ ސަބަބެއް ކަމުގައި ބެލެވެއެވެ. މިކަންކަން ޝަރީޢަތަށް ސާބިތުކޮށްދިނުމަށް ޙުކުމް މުރާޖައާކުރުމަށް ނުވަތަ ބާޠިލުކުރުމަށް އެދޭ ފަރާތުން އެކަށިގެންވާ ގޮތެއްގައި ޤަބޫލުކުރެވޭ ހެކި ހުށަހަޅަންވާނެއެވެ.
30މި ބާވަތުގެ މައްސަލަތަކުގައި ސާބިތުކޮށްދިނުމުގެ މިންގަނޑު، އަދި ސާބިތުކޮށްދޭންޖެހޭ ފަރާތަކީ ކޮން ފަރާތެއްކަން ދެނެގަތުން މުހިންމެވެ. ޙުކުމަށް ވާސިލުވުމުގައި ރިޢާޔަތްކޮށްފައިވަނޭމަކަރާއި ހީލަތް އެކުލެވޭ މުސްތަނަދަށްކަމަށް ބުނެ، އެ ޙުކުމް މުރާޖައާކުރުމަށް ނުވަތަ ބާޠިލުކުރުމަށް އެދޭ ކަމަށް ބުނާނަމަ، އެކަން ސާބިތުކޮށްދިނުމުގް ބުރަ އޮންނާނީ އެކަމުގައި މަކަރާއި ހީލަތް ހިމެނޭކަމަށް ބުނެ އެ ޙުކުމެއް މުރާޖައާކުރުމަށް ނުވަތަ ބާޠިލުކުރުމަށައެދޭ ފަރާތެއްގެ މައްޗަށެވެ. މި ޙާލަތުގައި އެކަމުގައި މަކަރާއި ހީލަތް ހިމެނޭ ގޮތް، ނުވަތަ އެކަން ހާމަވި މަސްދރާ،ނުވަތަ އެކަން ފާޅުވުމަށ ލިބުން އައު ހެކި ހުށަހެޅުމަކީ އެކަމުގެ ދަފްޢު ކުރިމަތިކުރުވާފަރާތުން އުފުލަންޖެހޭ ބުރައެކެވެ. އިސްވެ ޙަވާލާދީފައިވާ ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ ފަދައިން މަކަރާއި ހީލަތް އެކުލެވޭކަމަށް ހަމައެކަނި ބުނާ ބުނުމަކުން، ނުވަތަ އާދައިގެ ތުހުމަތެއް އޮތުމަކުން ނުވަތަ ޝައްކެއްއޮތުމަކުން ސާބިތުކުރުމުގެ ބުރަ އަދާކުރެވުނީކަމުގައި ނުބެލެވޭނެއެވެ. މަކަރާއި ހީލަތް އެކުވެލޭކަން ދައކުވައިދ material ހެކިން، އެ މަކަރާއި ހީލަތުގެ ސަބަބުން ނިންމި ނިންމުމަށް އަސަރުކޮށް Owens Bank Ltd v Bracco, [1992] 2 AC 443 at 483 Mantis Transp v Kenner, 45 F.Supp. 3d 229 (E.D.N.Y.2014) 17 th Mazeei v The Money Store, 62 F.4 88 (2d Cir. 2023) (fradulent evidence was an operative cause)، އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅިފައިވާކަން ފާޅުވާންވާނެއެވެ.
31HN5މަދަނީ މައްސަލަތަކުގައި ހާދިސާ ނުވަތަ ޢަމަލު ސާބިތުކުރުމަށް ބަލާނީ "ބޮޑަށް ބުރަވެވޭ ގޮތަށް" (balance of probabilities) އަށެވެ. ހިނގާފައިވާ ވަކި ހާދިސާއެއް އެއީ ޙަޤީޤަތުގައިވެސް ހިނގިކަމެއްތޯ ކަނޑައެޅުމަށްޓަކައި، ހާދިސާއާ ގުޅުން ހުރި އިތުރު ހެއްކާއި ޤަރީނާތަކަށް ރިޢާޔަތްކުރުމާއެކު، އެ ހާދިސާއަކާ ޙަޤީޤަތުގައިވެސް ހިނގިކަމެއްތޯ ކަނޑައަޅާނީ އެ ހާދިސާއަކީ ނުހިނގާކަމަށް ވުރެ ބޮޑަށް ހިނގިކަމެއްކަމަށ ފަނޑިޔާރަށް ބުރަވެވުމުންނެވެ.
32HN6މި މައްސަލަ ހިނގާފައިވަނީ ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނ(ގެ ކުރިންކަމުން، މި މައްސަލއަށ މަދަނު އ ޖުރާއަތުގ ޤާނޫނެ ނުހިނި ގިނަމަވެސް، ނިހާއީ ޙުކުމް މުރާޖައާކުރެވޭނެ މަގު މަދަނީ 21 20 އިޖުރާއަތުގެ ޤާނޫނުން މިހާރު ތަނަވަސްކޮށްދީފައިވެއެވެ. މިކަން މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތް ހާމަކުރަމެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 292 ވަނަ މާއްދާގައި ޚާއްޞަ އިސްތިސްނާ ޙާލަތްތަކުގައި، ނިހާއީ ޙުކުމެއް އަލުން މުރާޖަޢާކުރަން އެދުޙުކުމް ނިސްބަތްވާ މައްސަލައިގެ ޚަޞްމަށް، އެ ޙުކުމް ކ ރ ކޯޓަށި ހުށަހެޅިދާނެކަމުގައި ބަޔާންކުރެއެވެ. މިގޮތުން ނިހާއީ ޙުކުމްކޮށްފައިވާ މައްސަލައިގެ ޚަޞްމަކަށް މައްސަލައިގެ ޝަރީޢަތް ހިނގަމުންދިޔައިރު ވުޖޫދުވެފައިވާ، ނަމަވެސް މައްސަލައިގެ ޚަޞްމަކަށް ލިބިފައިނު ތ، މައްސަލައަށް މުހިންމު އަދި މައްސަލައިގައި ކޮށްފައިވާ ޙުކުމް ބަލަދުވެދާނެފަދ ހެއްކެއް ނުވަތަ ވާޤީޢާއެއ މައްސަލައިގް ޙުކުމްކުރުމަށްފަހު، ލިބިއްޖެނަމަ، ނވު ތ އެނގިއްޖެނަމަ، ނުވަތަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/53 )ޢަލީ މޫސާ ވ. އާޝިޔަތު ނިޒާރު( ޤަޟިއްޔާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 292 ވަނަ މާއްދާގެ )ނ(ގެ )1( ވަނަ ނަންބަރު ނިހާއީ ޙުކުމް ނިސްބަތްވާ މައްސަލައިގެ ޚަޞްމަކާ ދެކޮޅަށް މައްސަލަ ނިމިފަ އިވަނީ، ހިނގާފައިވާ ޖިނާއީ ކުށެއްގެ ސަބަބުން ކަމަށް ޝަރީޢަތަށް ސާބިތުވެއްޖެނަމަ، ނީހާއީ ޙުކުމެއް އަލުން މުރާޖައާކުރުމަށް އެދި ހުށަހެޅިދާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 292 ވަނަ މާއްދާގަ )ނ(ގައި ބަޔާންކުރެއެވެ. ނިހާއީ ޙުކުމެއް ކޯޓުން އަލުން މުރާޖާ ޢާކުރަންވާނީ، މައްސަލައިގެ ޚަޞްމަށް ބޭއިންސާފެއް ކުރިމަތިވިޔ ނުދިނުމަށްޓަކައި، އަދި ބަޔންކުރަނިވަޙާލަތެއް މެދުވެރިވެފައިވާނަމަ، ޙުކުމް އަލުން މުރާޖަޢި ކުރުން ފިޔާ ވައި އެހެން ގޮތަކުން އެ މައްސަލައަށް ޙައްލެއް ލިބިދާނެކަމަށް ނުފެންނަ ޙާލަތުގައެވެ. މިއީ ނިހާއީ ޙުކުމް މުރާޖަޢާކުރުމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން މިހާރު ޢަމަލުކުރެވޭ އިޖުރާއަތެވެ.
33HN7މި މައްސަލައިގެ ޙަޤީޤަތްތަކަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އިސްތިއުނފުކުރެވިފައާ މިވާ ޙުކުމަކީ ޞައްޙަނޫން ފޯޖުކޮށް އުފައްދާފައިވާ ބޯޑު ރިޒޮލިއުޝަންއަކުން ބާރު ލިބިގެން ދިން ބަޔާނެއްގެ މައްޗަށް ކޮށްފައިވާ ޙުކުމެއްކަމަށެވެ.ސިވިލް ކޯޓުގައި އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ދަޢުވާއެއް އުފުލުނުކަން އެ ފަރާތަށް ނޭނގޭކަމުގައ އިސްތިއުނާފުކުރި ފަރާތުން ބުނެއެވެ. މިކަންކަމުގެ ޙަޤީޤަތްތަކށަ ބަލާއިރު، ބޯޑް ރެޒޮލިއުޝަންގައިޙާޟިރުވި މެންބަރުންގެ ގޮތުގައި ބަޔާންކޮށްފައިވަނީ ގަނޭޝް ޕައުލް ރާޖ )މެނޭޖިންގ ޑިރެކްޓަރ(، ނަތަރާޖަން ޕައުލްރާޖް )ޑިރެކްޓަރ( އަދ ސައިދް މަތީން އަޙްމަދު ސައްޤާފު )ޑިރެކްޓަރ( ކަމަށްވާއިރު، މިއް ޙަޤީޤަތާއި ޚިލާފު މަޢުލޫމާތް އްކަނ މިނިސްޓްރީ އޮފް އިކޮނިމިކް ޑިވޮލެޕްމެންޓްގެ "ކޮމްޕެނީ އިންފޮމޭޝަން ޕްރޮފައިލް ޝީޓް" އިން އެނގެއެވެ. އެހެނީ، މިކަމުގެ ޙަޤީޤަތަކީ މިކަމުގެ ބޭނުމަށް މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ޝަރީޢަތުން ސާބިތުވެފައި އޮތުމަކީ ލާޒިމުކަމެއްނޫންކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގު 292 ވަނަ މާއްދާގެ )ނ(ގެ )2( ވަނަ ނަންބަރުގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 292 ވަނަ މާއްދާގެ )ޅ( ސިވިލް ކޯޓުގެ ނަންބަރު CR1/101/2021/112-144/B1 )11 މާރިޗް 2021 ( ސިޓީއާ ގުޅިގެން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ފޮނުވާފައިވާ ނަންބަރ 101-BR/144/2021/111 )23 މާރިޗް 2021( ސިޓީއާއެކު ފޮނުވާފައިވާ ޓަފް އިންފްރާ ޕްރައިވެޓް ލިމިޓެޑްއާ ގުޅޭ މަޢުލޫމާތު ހިމެނޭ ލިސްޓް ކުންފުނީގައި ތިބެނީ 02 )ދޭއް( ޑީ ރެކްޓަރުންކަމާއި، އެއް ގަނޭޝް ޕައުލްރާޖް (Ganesh Paulraj) އ ދަ ސައިދ މަތީން އަޙްމަދް ސައްޤާފ (Syed Matheen Ahmed Saqqaf) ކަން ބަޔާންކުރަނިވި ލިޔުމުން އެނގެން އޮތަތީއެވެ. މީގެ އިތުރުން ސިވިލް ކޯޓަށް ހުށަހެޅުނު ބޯޑު ރިޒޮލިއުޝަންގައި ކުންފުނީގެ އެޑްރެހަކާ "މ.ޕެޓޫނީ" ކަމުގައް ބަޔާންކޮށްފައިވާއިރު، އިސްވެ ޙަވާލާދީފައިވާ މިނިސްޓްރީ އޮފް އިކޮނޮމިކެޑިވޮލެޕްމެންޓގް "ކޮމްޕެނީ އިންފޮމޭޝަން ޕްރޮފައިލް ޝީޓް" ގައި ކުންފުނީގެ އެޑްރެހަކީ "ހ.ރަންގަލި" ކަމުގައި ބަޔާންކޮށްފައިވެއެވެ. ކުންފުނީގްޑިރެކްޓަރުންގ ގޮތުގައެ ހިމެނި ފަރާތްތަކަށް އަދި ކުންފުނީގެ އެޑްރެހަށް އެއްވެސް ބަލަދެއ އައިސްފައިވާކަން އެއްވެސް ރިކޯޑަކުނ އެނގޭކަށް ނެތެވެ.
34މީގެ އިތުރުން ސިވިލް ކޯޓަށް ހުށަހެޅުނު ބޯޑު ރިޒޮލިއުޝަންގައި އެ ޤަރާރު ފާސްކޮށްފައިވަނީ ހާޒިރުވެގެންކަމުގައި ބަޔާންކުރެއެވެ. އެހެނަސް، އިސްތިއުނާފުކުރާ ފަރާތުން މި މައްސަލައިގައި ހ ށަހަޅާފައިވ އިމިގްރޭޝަންގެ ލިޔުމުން ޤަރާރު ފާސްކޮށްފައިވާކަމަށް އެ ޤަރާރުގައި ބަޔާންކޮށްފައިވާ ތާރީޚުކަމުގައިވާ 11 މާރިޗު 2021 ގައި ބުނެވިދިޔަ ކުންފުނީގެ ޑިރެކްޓަރުން ރާއްޖޭގައި ނެތްކަން އެނގެއެވެ. ޞައްޙަކަން ކަށަވަރުނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުނ ސުވާލީ އުފައްދާފައިވާ ބޯޑު ރިޒޮލިއުޝަންއ ގުޅާ ގޮތުން އަޙްމަދު އަޝްފާޤުގެ ފަރާތުން ބުނެފައިވަނެއެއީ ކުންފުނީގެ އެތެރޭގެ ލިޔުމެއްކަމުނ އެއް ގުޅާ ގޮތުން ބުނާނެ ވަކި އެއްޗެއް ނެތް ކަމުގައެވެ. ސިވިލް ކޯޓުގެ ނަންބަރު CR1/101/2021/112-144/B1 )11 މާރިޗް 2021( ސިޓީއާ ގުޅިގެން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ފޮނުވާފައިވާ ނަންބަރ 101-BR/144/2021/111 )23 މާރިޗް 2021( ސިޓީއާއެކު ފޮނުވާފައިވާ ޓަފް އިންފްރާ ޕްރައިވެޓް ލިމިޓެޑްއާ ގުޅޭ މަޢުލޫމާތު ހިމެނޭ ލިސްޓް ބޯޑު ރިޒޮލިއުޝަންގެ 5 ވަނަ ނަންބަރުގައި ޖަލްސާ ބޭއްވުނު ތާރީޚާއި، ތަނާއި، ވަގުތުގެ ގޮތުގައި ބަޔާންކޮށްފައިވަނީ "11 މާރިޗް 2120 ވަނަ ދުވަހު 20:00 ގައި […] 3 ވަނަ ފަންގިފިލާގައި" މިފަދައިންކަމާއި، އަދި ބޯޑު ރިޒޮލިއުޝަންގ 7 ވަނަ ނަންބަރުގައި "ޙާޟިރުވި މެންބަރުންގެ ނަމާއި، ސޮއި:" މިފަދައިން ބަޔާންކޮށްފައިވެއެވެ. މޯލްޑިވްސް އިމިގްރޭޝަންގެ ނަންބަރު L/PRIV/2021/73-94 )17 އޮގސްޓަ 2019( "އަމިއްލަ މީހުން ފޮނުވާ ސިޓީގެ ޖަވާބު" އަޙްމަދު އަޝްފާޤުގެ ފަރާތުން ހުށަހަޅާފައިވާ ޖަވާބު ފޯމުގެ 4.7 ވަނަ ނަންބަރުގައި އިސްތިއުނާފު ފޯމުގައި ފާހަގަކޮށްފައިވާ ހުރިހާ ކަންކަމަކީވެސް އެފަރާތުގެ މަސްލަޙަތުގައިހުރި، އަދި އެފަރާތުގެ ކޮންޓްރޯލްގެ ދަށުގައިވާ ކަންކަމުގެ މައްޗަށް ހިމަނާފައިވާ ކަންތައްތަކެއްކަމުން އިސްތިއުނާފު ރައްދުވާ ފަރާތަކީ އެކަންކަން ހުރީ އެނޫންގޮތެއްގައިކަން ބުނެދެވޭނެ މަޙައްލެއްގައި ހުރި ފަރާތެއް ނޫންކަމަށް ބަޔާންކޮށްފައިވެއެވެ. އެފަދައިން މި މައްސަލައާ ގުޅިގެން 22 މާރިޗު 2023ގައި ބޭއްވުނު އަޑުއެހުމުގައި އަޙްމަދު އަޝްފާޤުގެ ފަރާތުން ބުނެފައިވެއެވެ.
35ސިވިލް ކޯޓުގައި ހިނގަމުންދިޔަ އެކޯޓުގެ ނަންބަރު 224/Cv-C/2021 ޤަޟިއްޔާއާއި ގުޅިގެން މަކަރާއި ހީލަތް އެކުލެވޭ ލިޔެކިޔުންތަކެއިޓަފް އިންފްރާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުނުކަމަށ ބުން މައްސަލާ ތަހުޤީޤުކުރުމުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުން ޢައިނާންޢަލީ މުޙައްމަދް ގެ ބަޔާނއ ނަގާފައިވެއެވެ.މިކަމުގައި ޢައިނާން ޢަލީ މުޙައްމަދުގެބަޔާނ މުހިންމުވަނ ޢައިނާން ޢަލީ މުޙައްމަދަކީ ސިވިލް ކޯޓުގައި އިސްތިއުނާފުކުރާ ފަރާތް ތަމްސީލުކުރި ފަރާތް ކަމުގައިވާތީ އާއި، އަދި ސުވާލު އުފެދިފައިވާ ކުންފުނީގެ ބޯޑު ރިޒޮލިއުޝަން ސިވިލް ކޯޓަށިހުށހެޅަފަރާތަކީ ޢައިނާނުޢަލީ މުޙައްމަދކަމުގައިވާތީއެވެ.
36މިކަމ ގުޅާ ގޮތުން ފުލުހުންގެ ތަހުޤީޤުގައ ޢައިނާން ޢަލީ މުޙައްމަދު ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ޢައިނާނ ޢަލީ މުޙައްމަދު ބުނެފައިވަނީ 11 މާރިޗު 2021 ގައި 7458714 ފޯނު ނަންބަރުން ޢައިނާން ޢަލޯ މުޙައްމަދުއަށް މީހަކު ގުޅިކަމަށާއި، ފޯނު ނުނެގުމުން މެސެޖް ކޮށްފައި ކޭސްއެއްގައ ކޯޓަށި ދެވިދާނެތޯ ސުވާލުކުރިކަމަށެވެ. އެގޮތަށް މެސެޖްކުރުމުން އެ ނަންބަރަށް ގުޅާ މަޢުލޫމާތު ސާފުކުރުމުން އެމީހަކީ ސުހައިލް ނަމަކަށް ކިޔާ މީހެއްކަމަށް ބުނިކަމަށާއި، އަޝްފާޤް ނަމކަށ ކިޔް މީހަކާ އެ މީހުންގެ ކުންފުނީގެ މައްޗަށަ ދަޢުވާކޮށްފައިވާކަމަށް ބުނިކަމަށެވެ. 14 މާރިޗު 2021ގައި ޢައިނާން ޢަލީ މުޙައްމަދު އާއި އަނެއް ފަރާތުގެ ވަކީލް ކޯޓަށް ދިޔަކަމްގައި އައިނާން ޢަލީ މުޙައްމަދު ބުނެފައިވެއެވެ. ސުހައިލް ނަމަކަށް ކިޔާ ފަރާތުން ދައަކ ވާހަކު ތަކާއި މެދު ޝައްކުއުފެދުނުކަމަށާއި،ސުހައިލްގެ ނަމުގައި ވާހަކަ ދެއްކި ފަރާތަށް ގުޅާ އައިޑީކާޑ ކޮޕީއެއ ހޯދުމަށް އެދުނުކަމަށއ ސުހައިލް ނަމަކަށް ކިޔާ މީހާގެ ފަރާތުން ލިބުނު ނުސާފު އައިޑީކާޑުކޮޕީގއަ ތަފާތު މައްސަލަތައް ފާހަގަކުރެވުނުކަމަށާއި، އިލެކްޝަން ކޮމިޝަންގެ ވޯޓް ރަޖިސްޓްރޭޝަންއަށް މެސެޖުކޮށް އެއީ ކާކުގެ ނަމުގައިވާ އައީޑީ ކާޑެއްތޯ ޗެކްކުރިކަމަށާއި، އެއީ އަންހެން ފަރާތެއްގައައީޑީ ކާޑު ނަންބަރެއްކަން އެނގުނުކަމަށެވެ. އަދި އެކޭމުގައ ޝައްކުކުރެވޭ ކަންތައްތަކެއް ހުރިކަމަށް ފާހަގަވާކަމަށް ކޯޓުގައި ބުނެފައިވާނެކަމަށާއި، އެހެންނަމަވެސް ޤާޟީ ޙުކުމުގައި ސޮއިކޮށްފިކަމަށާއި، ދަޢުވާކުރި ފަރާތަށްވެސް ޙުކުމް ފޮނުވާފައިވާކަމަށް ލަފާކުރެވޭކަމުގައި ކޯޓުން މަޢުލޫމާތު ދިންކަމަށެވެ. އަދި މިމައްސަލަ އިތުރަށް ތަހުޤޤުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ޢައިނާން ޢަލީ މުޙައްމަދު ހުށަހަޅާފައިވާނކަމުގައި ޢައިނާން ޢަލ މުޙައްމަދު ތަހުޤީޤަށް ބަޔާންދީފައިވެއެވެ.
37ސިވިލް ކޯޓުގައި ހިނގި އެކޯޓުގެ ނަންބަރ 224/Cv-C/2021 ޤަޟިއްޔާގެ ޙުކުމަށް ވާސިލުވެފައިވަނީ އޮޅުވާލުމުގ ގޮތުނެ ހުށަހެޅް ލިޔުމެއް ނުވަތަ މަކަރާއި ހީލަތް އެކުލެވޭ ލ ޔުމެއް ހުށަހަޅައި، އެ ލިޔުމުގެ މައްޗަށް ބިނާކޮށްގެންކަމުގައ އިސްތިއުނާފުކުރި ފަރާތުން ބުނެ ދަފްޢު އުފުލާފައިވާއިރު، މިކަން މަދަނީ މިންގަނޑުން ސާބިތުކުރުމުގެ ބުރަ އޮތީ ދަފްޢު ކުރިމަތިކުރުވާ ފަރާތް، އެހެނީމި މައްސަލައިގައި އިސްތިއުނާފުކުރ ފަރާތުގާ ކިބައިގައކަނ އިސްވެ ބަޔާންކުރަނިވި ހަމަތަކުން ޤާއިމުވެއެވެ. މި ދަފްޢު އިސްތިއުނާފުކުރާ ފަރާތަށް "ބޮޑަށް ބުރަވެވޭ" މަދަނީ މިންގަނޑުން ސާބިތުކޮށްދެވިފައިވޭތޯ ބަލާއިރު، މި މައްސަލައިގައް އޮތީ މަކަރާއި ހީލަތް އެކުލެވޭ ބޯޑު ރިޒޮލިއުޝަނެއް ހުށަހެޅުނުކަމަށް އިސްތިއުނާފުކުރާ ފަރާތުނ ހަމައެކަނި ބުނާ ބނުނ އެކަންޏެއް ނޫނެވެ. ނުވަތަ މިކަމުގައި އޮތެ އާދައިގެ ތުހުމަތެއް ނުވަތަ ޝައްކެއްވެސްނޫނެވެ. މިކަމުގައި އިސްތިއުނާފުކުރާ ފަރާތުން މައްސަލައިގެ ވާޤިޢާތަކާއާ އަދި އިސްތިއުނާފުކުރ ފަރާތުން ކުރިމަތިކުރާ ދަފު ޢުއާގުޅ މުހިންމު (material) ހެކި ހުށަހަޅާފައިވެއެވެ. ބޯޑު ރިޒޮލިއުޝަންގެ ޞައްޙަކަމާމެދު ސުވާލު އުފެދޭކަން އަދި މިކަމުގައި އޮޅުވާލުންތަކެއ ހިމެނޭކަން އިސްވެ ބަޔާންކުރަނިވ 33 ވަން ނުކުތއިނާ 36 ވަނަ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ޝަރީޢަތަށް ބުރަވެވެއެވެ.
38ސިވިލް ކޯޓުގެ ނަންބަރު 224/Cv-C/2021 ޤަޟިއްޔާގެ ނިންމުން ނިންމާފައިވަނީ މި ބޯޑު ރިޒޮލިއުޝަންއަށް ބަރޯސާވެ، އިސްތިއުނާފުކުރާ ފަރާތް ތަމްސީލުކުރުމުގެ ބާރާއި ހައިސިއްޔަތު ޢައިނާން ޢަލީ މުޙައްމަދަށ ލިބް ފައިވާކަމަށް ބަލައިގެންނެވެ. މި ބަރޯސާވި ލިޔުމުގެ ސަބަބުން، ޙަޤީޤަތަކީ އިސްތިއުނާފުކުރ ފަރާތި ޢާއްޔަންކޮށްފައިނުވާ، އަދ އިސްތިއުނާފުކުރްފަރާތް ތަމްސީލުކުރުމުގެ ޤާނޫނީ ބާރު ލިބިފައިނުވާ ފަރާތެއް އެ ފަރާތް ތަމްސީލުކުރުމުގެ ސަބަބުން، އިސްތިއުނާފުކުރާ ފަރާތް ތަމްސީލުނުވެމެ، އެ ފަރާތަށް ބަސް ބުނުމުގެ ފުރުޞަތު ގެއްލިގެންގޮސްފައިވާކަމެވެ. މިއީ ޢދުލ އިންސާފު ޤާއިމުކުރުމަށް، އަދި ހަމަހަމަ ފުރުޞަތުދެވި، ހާމަކަމާއެކު ޝަރީޢަތް ކުރުމަށް އޮތް ހުރަހެކެވެ.
39ސިވިލް ކޯޓަށް ހުށަހެޅުނު އެ ކޯޓުގެ ނަންބަރ 224/Cv-C/2021 ޤަޟިއްޔާއަކީ ޓަފް އިންފްރާ ޕްރައިވެޓް ލިމިޓެޑުން އަޙްމަދު އަޝްފާޤަށ ދޭންޖެހޭކަމަށް ބުން ފައިސާ ދީފައިނުވާކަމަށް ބުނެ އެ ފައިސާ އާއި އ ފައިސް ދޭނެކަމަށް އެއްބަސްވި މުއްދަތުގެ ތެރޭގައި ފައިސާ ދީފައިނުވާތީ ޖޫރިމަނާއިގެ ފައިސާ ހޯދުމަށް އެދޭ އަޙްމަދް އަޝްފާޤާގެ ފަރާތުނ ޓަފް އިންފްރެޕްރައިވެޓ ލިމިޓެޑަށް ރައްދުވާގޮތަށް ހުށަހެޅުން މައްސަލައެއްކަން އެ ޤަޟިއްޔާގެ ދަޢުވާފޯމުން އެނގެއެވެ. އިސްތިއުނާފުކުރާ ފަރާތާއި އަޙްމަދު އަޝްފާޤުއ ދެމެދާ ފައިސާގެ މުޢާމަލާތެއް ހިނގާފައިވާކަމަށް ބުނެ އަޙްމަދު އަޝްފާޤުގެ ފަރާތުނި ލިޔެކިޔުންތަކެއް ހުށަހަޅާފައިވެއެވެ. ސިވިލް ކޯޓުގައި އެ މައްސަލަ ހިނގި މަރުޙަލާގައް ފައިސާގެ މުޢާމަލާތާއި ގުޅޭގޮތުން އިސް ތިއުނާފުކުރާ ފަރާތް ތަމްސީލުވެ،މައްސަލައިގެ މައުޟޫޢާމެދު އިސްތިއުނާފުކުރާ ފަރާތަށް ބަސް ބުނުމުގެ ފުރުޞަތު ލިބިފައިނުވާކަން އެނގޭހިނދެ، މ މައްސަލައިގައި އެންމި ޢެ ދުލުވެރިގޮތަކީ އިސްތިއުނާފުކުރާ ފަރާތަށް މައްސަލައިގެ މައުޟޫޢުގައި ހިމެނޭ ފައިސާގެ މުޢާމަލާތާއިމެދު ބަސް ބުނުމުގެ ފުރުޞަތު ލިބި، މައްސަލައިގެ މައުޟޫޢާމެދު ގޮތެއް ނިމިގެން ދިޔުން ކަމުގައި ދެކޭތީ،މި މައްސަލއަކަ މައުޟޫޢުގައި ބަލައި ގޮތެއް ކަނޑައެޅުމަށް ސިވިލް ކޯޓަށް ތަޙުވީލުކުރަންޖހޭ މައްސަލައެއްކަމަށް ބުރަވެވެއެވެ.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު
40ފަނޑިޔާރު ޙުޒައިފާ މުޙައްމަދު ގ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު
41ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
42މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށެ ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ.މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި،އިސްތިއުނާފުކުރަންޖެހ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވު ނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނ ނަންބަރު 2021/32(ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ހ( މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ށ( މަދަނު އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރ 2021/32(ގެ 284 ވަނަ މާއްދާގެ )ނ(
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 292 ވަނަ މާއްދާ، އަދި އެ މާއްދާގެ (ނ) ގެ (1) އަދި (2)، އަދި (ޅ)
- ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު)
- ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/53 (ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު)
- Hazel-Atlas Glass Co. v. Hartford Empire Co., 322 US 238 (1944)
- United States v. Throckmorton, 98 US 61 (1878)
- Takhar v Gracefield Developments Ltd and others [2019] UKSC 13
- Wentworth v Rogers (No 5) (1986) 6 NSWLR 536
- Australian Securities and Investments Commission v ActiveSuper Pty Ltd (No 4) [2013] FCA 318
- Owens Bank Ltd v Bracco [1992] 2 AC 443
- Mantis Transp v Kenner, 45 F.Supp.3d 229 (E.D.N.Y. 2014)
- Mazzei v The Money Store, 62 F.4th 88 (2d Cir. 2023)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.