ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޢަލީ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު (613/R1C/2016)
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ 613/R1C/2016 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅުމުން، ހައިކޯޓުގެ 2022/HC-A/269 (2020/HC-S-A/24) ޤަޟިއްޔާއިން މައްސަލަ ބަލަމުން ދިޔައެވެ. މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީކުރެވުނީ 06 ޑިސެމްބަރު 2020 ގައެވެ.
- ވާޤިޢާ
- މިއީ ދައުލަތުން ކުރި ޖިނާއީ ދަޢުވާއެއްގެ ދަށުކޯޓުގެ ނިންމުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރި އިސްތިއުނާފެކެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްތިއުނާފު ކުރިއަށް ނުގެންދިއުމަށް ނިންމައި ދަޢުވާ ފޯމު ބާޠިލުކޮށްދިނުމަށް އެދުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުގެ ދަޢުވާ ފޯމު ބާޠިލުކުރަންވީތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން 29 ޖޫން 2025 ގައި ހައިކޯޓަށް ފޮނުވި ސިޓީގައި، ހާދިސާ ހިނގިފަހުން 9 އަހަރު ފާއިތުވީއިރުވެސް މައްސަލަ ނިމިފައިނުވާތީ، އިސްތިއުނާފު ކުރިއަށް ނުގެންދިއުމަށް ނިންމި ކަމަށް ބުނެ، ދަޢުވާ ފޯމު ބާޠިލުކޮށްދިނުމަށް އެދުނެވެ.
- ކޯޓުގެ ސަބަބުތައް
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކޯޓަށް ފޮނުވި ސިޓީއަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދު (2011) ގެ 35 ވަނަ މާއްދާގެ (ހ) އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދު (2011) ގެ 35 ވަނަ މާއްދާގެ (ނ) ގެ ދަށުން، މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން އިސްތިއުނާފުގެ ދަޢުވާ ފޯމު ބާޠިލުކުރިއެވެ. މައްސަލައިގެ ޤާނޫނީ ނުކުތާއަކާމެދު ހައިކޯޓުން ގޮތެއް ނިންމާފައެއް ނުވެއެވެ.
ނިންމުން
ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭއިސްތިއުނާފުގެ ދަޢުވާ ފޯމު ބާޠިލު (އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- —
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1ހައިކޯޓުގެ ޤަޝިއްޔާ ނަންބަރު: 2022/HC-A/269 (2020/HC-S-A/24)
2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމް
3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 06 ޑިސެންބަރު 2020 * ބާޠިލުކުރި ތާރީޚް: 06 ޖުލައި 2025
4އިސްތިއުނާފް ކުރި ފަރާތް: * ފުރިހަމަ ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް * ރަޖިސްޓްރީ ނަންބަރު: -
5އިސްތިއުނާފް ރައްދުވި ފަރާތް: * ފުރިހަމަ ނަން: ޢަބްދުﷲ ޢަލި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A115563 * ޢާއްމު ނަން: - * މިހާރުގެ އެޑްރެސް: ހ.ވެލާނާގެ / ކ.މާލެ * ދާއިމީ އެޑްރެސް: ހ.ވެލާނާގެ / ކ.މާލެ * ޢާއްމު ނަން: - * މިހާރުގެ އެޑްރެސް: - * ދާއިމީ އެޑްރެސް: ފުނާޑު.މަންޒިލް، ނ.ފުވައްމުލައް
6ހުށަހެޅިފައިވާ މައްސަލަ: ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 613/R1C/2016 ޤަޝިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ފުނާޑު، މަންޒިލް/ ނ.ފުވައްމުލައް ޢަބްދުﷲ ޢަލީގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލަ.
7ހައިކޯޓުން ނިންމި ގޮތް: ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 613/R1C/2016 ޤަޝިއްޔާ އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅުމުން މިކޯޓުގެ ނަންބަރު 2022/HC-A/269 (2020/HC-S-A/24) ޤަޝިއްޔާއިން ބަލަމުންދާ މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މުރާޖަޢާކުރިއިރު، މި މައްސަލައިގެ ހާދިސާ ހިނގައިދިޔަ ފަހުން 09 (ނުވައެއް) އަހަރު ފާއިތުވެގެން ދިޔައިރު، މައްސަލަ ނިމިފައިނުވާތީ، މި މައްސަލަ އިތުރަށް ކުރިއަށް ނުގެންދިޔުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައިވާތީ ކަމަށް ބަޔާންކޮށް، މިމައްސަލައިގެ އިސްތިއުނާފު ފޯމު ބާޠިލްކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 196-A/95/2025/192 (29 ޓޫން 2025) ސިޓީއިން މިކޯޓަށް އަންގާފައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ (ހ) އަދި (ނ) އާ ޙަވާލާދީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/269 (2020/HC-S-A/24) ޤަޝިއްޔާގެ ދަޢުވާ ފޯމު، މި ޤަޝިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
8މައްސަލަ ނިންމި ފަނޑިޔާރުން:
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދު (2011) ގެ 35 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދު (2011) ގެ 35 ވަނަ މާއްދާގެ (ނ)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.