ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2022/HC-A/328

އައި ޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ވޭސްޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 5 ޑިސެމްބަރު 2023ދަށު ކޯޓު: ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު 438/R1C/2021ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު 438/R1C/2021
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޤަރާރެއް ނެތި މެނޭޖިންގ ޑިރެކްޓަރު ޙާޟިރުވެ ކުންފުނި ތަމްސީލުކޮށްގެން ދަށު ކޯޓުން ނިންމި މައްސަލައެއް، ކުންފުނީގެ ބަހެއް ނެތި ނިންމި މައްސަލައެއްކަމަށް ބެލެވި ބާޠިލުވާނެތޯ؛ އަދި އެއްބަސްވުމުގައިވާ ޖޫރިމަނާ (ޝަރުޠު ޖަޒާއީ) ނަގައިދިނުމުގައި ސުޕްރީމް ކޯޓުގެ ޙަސަން ޢަލީ މަނިކު ވ. އަޙްމަދު ޖަނާޙް ޤަޟިއްޔާގެ އުޞޫލާ ޚިލާފުވެފައިވޭތޯ. އަދި އިސްތިއުނާފު ރައްދުވާ ފަރާތުން ނެގި އިޖުރާއީ އިޢުތިރާޒް ބަލައިގަނެވޭނެތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ ޤާނޫނު ހިނގާނީ އެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު ހުށަހެޅޭ މަދަނީ މައްސަލަތަކުގެ މައްޗަށް ކަމުން، އެ ޤާނޫނު ފެށުމުގެ ކުރިން ހުށަހެޅި އިސްތިއުނާފެއްގައި އެ ޤާނޫނުގެ ދަށުން އިޖުރާއީ އިޢުތިރާޒެއް ނެގޭކަށް ނެތެވެ. އަދި އެ ޤާނޫނު ތަޠްބީޤުވާކަމަށް ބެލިނަމަވެސް، 287 ވަނަ މާއްދާގެ ދަށުން އިޖުރާއީ އިޢުތިރާޒް ނަގަންވާނީ އިސްތިއުނާފު ހުށަހެޅިކަން އިސްތިއުނާފު ރައްދުވާ ފަރާތަށް އަންގާތާ 20 ދުވަހުގެ ތެރޭގައެވެ.

HN2 ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ކުންފުންޏަކީ މެންބަރުންނާ ވަކިން އުފެދިފައިވާ، ޤާނޫނީ ގޮތުން އަމިއްލަ ޝަޚްޞެކެވެ. ކުންފުނި ހިންގަނީ ޑިރެކްޓަރުންގެ ބޯޑެވެ.

HN3 ކުންފުންޏެއް ކޯޓުގައި ތަމްސީލުކުރުމުގެ ޢާންމު އުޞޫލަކީ، ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް ވަކީލަކު މެދުވެރިކޮށް ތަމްސީލުކުރުމެވެ. ނަމަވެސް ޤާނޫނާއި ޤަވާޢިދުތަކުން ލިބިދޭ އިސްތިސްނާތަކާއި ކުންފުނީގެ ޙާލަތަށް ބަލައި (މިސާލަކަށް މާލީ ޙާލަތުގެ ސަބަބުން ވަކީލަކު ޢައްޔަން ނުކުރެވޭނަމަ)، ޢަދުލު އިންޞާފުގެ ބޭނުމަށްޓަކައި ޑިރެކްޓަރުންނަށް ކުންފުނި ތަމްސީލުކުރުން ހުއްދަކުރެވެއެވެ.

HN4 ކުންފުންޏާބެހޭ ޤާނޫނުގައި ކުންފުނި ތަމްސީލުކުރާނެ ފަރާތެއް ސާފުކޮށް ބަޔާންކޮށްފައި ނުވާތީ، ތަމްސީލުކުރާނެ ފަރާތް ކަނޑައެޅުމަކީ ކުންފުނީގެ ހިންގާ ޤަވާޢިދު ފަދަ އެތެރޭގެ ޤަވާޢިދަކުން ކުރެވިދާނެ ކަމެކެވެ.

HN5 މަދަނީ އިޖުރާއަތުގެ ޤާނޫނު ފެށުމުގެ ކުރިން ހިންގާ ނިންމި މައްސަލައެއްގައި ކުންފުނި ތަމްސީލުކުރުމާ ބެހޭގޮތުން ބަލަންވާނީ އެ މައްސަލަ ހުށަހެޅުނުއިރު ޢަމަލުކުރަމުންދިޔަ ޤަވާޢިދަށެވެ. 'ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު (6)' ގެ 178 ވަނަ މާއްދާގެ ދަށުން ކުންފުނީގެ ޗެއަރމަން، މެނޭޖިންގ ޑިރެކްޓަރު، ބޯޑުގެ މަސްއޫލު މެންބަރަކު ނުވަތަ ކުންފުނި ހިންގުމާ ހަވާލުވެހުރި ވެރިއަކަށް ކުންފުނި ތަމްސީލުކުރެވިދާނެއެވެ. ޕަވަރ އޮފް އެޓަރނީ ބޭނުންވަނީ ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލަކު މެދުވެރިކޮށް ތަމްސީލުކުރާ ޙާލަތުގައެވެ.

މަދަނީ › އެއްބަސްވުމާ މެދު ޚިލާފު އުފެދިގެން

HN6 'ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު 6.1' ގެ 26 ވަނަ މާއްދާގެ ދަށުން، ކުންފުނީގެ މަސައްކަތް ހިނގާ އިދާރާއަށް، ރަޖިސްޓްރީ އެޑްރެހަށް، ނުވަތަ މަސްއޫލުވެރިއެއްގެ މީހަކަށް ކޯޓު އަމުރު ފޮނުވުމުން ކުންފުންޏަށް އަމުރު ރައްދުވީކަމަށް ބެލެވެއެވެ.

HN7 ކުންފުނި ތަމްސީލުކުރުމަށް މެނޭޖިންގ ޑިރެކްޓަރު ނުވަތަ ޗެއަރމަން ނުވަތަ ބޯޑުގެ މަސްއޫލު މެންބަރަކު ކޯޓަށް ޙާޟިރުވާއިރު، ކުންފުނި ތަމްސީލުކުރުމުގެ ޢާންމު ޤާނޫނީ އަހުލިއްޔަތު އެފަރާތްތަކުގެ ކިބައިގައި އޮންނާނެއެވެ. ބޯޑުން އެ ބާރު ދިނުމަކީ ކުންފުނީގެ އެތެރޭގެ ކަމެއް ކަމުން، އަޞްލު ބާރު (actual authority) އޮތްތޯ ބެލުމަކީ ކޯޓުން ބަލަންޖެހޭ ކަމެއް ނޫނެވެ. ކޯޓުން ކުންފުންޏަށް ތަމްސީލުކުރާނެ ފަރާތެއް އަންގަން ސިޓީ ފޮނުވުމުން މެނޭޖިންގ ޑިރެކްޓަރު ޙާޟިރުވެ ތަމްސީލުކުރާނަމަ، ފެންނަ ބާރު (apparent authority) އޭނާގެ ކިބައިގައި އޮތްކަމަށް ބެލެވެއެވެ.

HN8 މެނޭޖިންގ ޑިރެކްޓަރުގެ ކިބައިގައި ކުންފުނި ތަމްސީލުކުރުމުގެ ބާރު ނެތްނަމަ، އެކަން ބުނަންވާނީ ދަށު ކޯޓުގައި ފުރަތަމަ ދުވަހުންފެށިގެންނެވެ. ޙުކުމް ކުންފުންޏާ ދެކޮޅަށް ނިމުމުން ކުންފުނީގެ ބަހެއް ނެތި ތަމްސީލުކުރީ ކަމަށް ބުނުމަކީ ދަށު ކޯޓުގެ ނިންމުން ބާޠިލުކުރެވޭނެ ޤާނޫނީ ސަބަބެއް ނޫން، އަދި އިންޞާފުވެރި ގޮތެއްވެސް ނޫނެވެ. އެވާހަކަ ދައްކަންވީ މަޙައްލަކީ ދަށު ކޯޓެވެ، އިސްތިއުނާފީ މަޖިލީހެއް ނޫނެވެ.

HN9 ސުޕްރީމް ކޯޓުގެ 2020/SC-A/28 (ޙަސަން ޢަލީ މަނިކު ވ. އަޙްމަދު ޖަނާޙް) ގެ އުޞޫލުން ހަމައެކަނި އަދަބެއްގެ ގޮތުގައިވާ ޕެނަލްޓީ ކްލޯޒެއްގެ މައްޗަށް ބަދަލު ޢާންމު އުޞޫލުން ނަގައިނުދެވޭނަމަވެސް، ދެފަރާތް ކޯޓުން ބޭރުގައި މަޝްވަރާކޮށް ސެޓްލްމަންޓަކަށް އައިސް، ދައްކަންޖެހޭ ޢަދަދަށް (ޖޫރިމަނާއާއި ޕްރިންސިޕަލް ހިމެނޭގޮތަށް) ދަޢުވާލިބޭ ފަރާތް އެއްބަސްވެގެން ޙުކުމްކޮށްފައިވާނަމަ، އެ އުޞޫލާ ޚިލާފަށް ދަށު ކޯޓުން ޢަމަލުކުރިކަމަށް ބުނުމަކީ ރަނގަޅު ބުނުމެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
މުޙައްމަދު ނިޔާޒް، ޙުސައިން މަޒީދު، ފާޠިމަތު ފަރްހީޒާ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، ފާޠިމަތު ފަރްހީޒާ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1މިއީ، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 438/R1C/2021 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އައި. ޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އައި. ޓެކް މޯލްޑިވްސ" ނުވަތަ "އިސްތިއުނާފުކުރާ") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނު ގޮފީގައި އިސްތިއުނާފު ކުރި ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) (މީގެ ފަހުން "ވެމްކޯ" ނުވަތަ "އިސްތިއުނާފު ރައްދުވާ") އެވެ.

2ހައިކޯޓުގެ ދެކުނު ގޮފީގެ ނަންބަރު: 12A/-S-HC/2202 ޤަޟިއްޔާގެ ގޮތުގައި 04 ޖުލައި 2022 ގައި މިޤަޟިއްޔާ ރަޖިސްޓްރީކޮށްފައި ވަނިކޮށް، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) އަށް 4 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން، ހައިކޯޓުގެ އުތުރާއި ދެކުނުގައި ޤާއިމްކޮށްފައިވާ ހައިކޯޓުގެ ގޮފިތައް 71 ޖުލައި 2022 ދުވަހު އުވާލުމުން، އެދެ ގޮތްޕަށް ހުށަހެޅި ރަޖިސްޓްރީކޮށް ހިންގަމުން ގެންގޮސްފައިވާ އެންމެހާ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓަށް ޤާނޫނީ ގޮތުން ބަދަލުވިއެވެ. މިޤަޟިއްޔާއަށް މިހާރު މިކޯޓުން ދީފައިވާ ޤަޟިއްޔާ ނަންބަރަކީ )12A/-S-HC/2(202 2022/HC-A/328 އެވެ. C-320/2005 C-0048/2009 ޤާނޫނު ނަންބަރު 2022/9 (ޤާނޫނު ނަންބަރު 2010/22 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 4 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު މައްސަލައިގެ ހުލާސާ:

3ވެމްކޯ އާއި އައި. ޓެކް މޯލްޑިވްސް އާއި ދެމެދު "އެގްރީމަންޓާ ޓް ވޭސްޓް ޑިސްޕޯސަލ ބިލް ކަލެކްޝަން" ގެ ނަމުގައި ނަންބަރު: AGR/LEG/2018/014-WAMCO އެގްރީމެންޓް 29 ޖަނަވަރީ 2018 ގައި ވިއެވެ. މި އެގްރީމަންޓްގެ ދަށުން ވެމްކޯ އިން އައި.ޓެކް މޯލްޑިވްސްއަށް ކޮމިޝަންއެއްގ ގޮތުގައެ ކޮންމެ ވޭސްޓް ޑިސްޕޯސަލް ޓްރާންސެކްޝަންއަކަށް -/5ރ. (ފަސްރުފިޔާ) ދޭން އެއްބަސްވާކަމަށް އެއްބަސްވުމުގެ 3.1 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. ކޮމިޝަން ފީގެ ގޮތުގައި ވެމްކޯއިން ދައްކަންޖެހޭ ފައިސާ އައި. ޓެކް މޯލްޑިވްސްއަށް ދައްކާނީ، ވެމްކޯއަށް އައި. ޓެކްގެ ފަރާތުން ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ އެފައިސާ ކނޑުމަށްފަހުކަމަށެ އެއްބަސްވުމުގެ 3.4 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ވޭސްޓް ޑިސްޕޯސަލް ބިލްގެ ގޮތުގައި ވެމްކޯގެ ކަސްޓަމަރުން އައި.ޓެކް މޯލްޑިވްސްއަށް ދައްކާ ފައިސާ ޖެހިގެން އަންނަ ބިޒްނަސް ޑޭ ގައި ވެމްކޯ އިން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރަންޖެހޭނެކަމަށް އެއްބަސްވުމުގެ 5.2 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އަދި މިމުއްދަތުގެ ތެރޭގައި އެފައިސާ ޖަމާކޮށްފައިނުވާނަމަ، ފައިސާ ޖަމާނުކުރާ ކޮންމެ ދުވަހަކަށް %5 (ފަހެއް އިންސައްތަ) ގެ ޖުރިމަނާއެއް އަރާނެކަމަށް އެއްބަސްވުމުގެ 5.5 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

4އިޝާރާތްކުރެވުނު އެއްބަސްވުމުގެ 5.2 ވަނަ މާއްދާއާ އެއްގޮތަށް އައި. ޓެކް މޯލްޑިވްސްގެ ފަރާތުން ވޭސްޓް ޑިސްޕޯސަލް ބިލްގެ ގޮތުގައި 15 މާރިޗް 2018 އިން 02 ނޮވެންބަރު 2018 ގެ ނިޔަލަށް 105,242.34ރ. (އެއް ލައްކަ ފަސްހާސް ދުއިސައްތަ ސާޅީސް ދެ ރުފިޔާ ތިރީސް ހަތަރު ލާރި) ވެމްކޯގެ ކަސްޓަމަރުން އައި. ޓެކް މޯލްޑިވްސްއަށް ދައްކާފައިވާކަމަށްބުނެ، ކަސްޓަމަރުން ދައްކާފައިވާ މިފައިސާ ހޯދުމަށާއި، އަދި އައި. ޓެކް މޯލްޑިވްސް ގެ ފަރާތުން މިފައިސާ ޖަމާކުރަންޖެހޭ މުއްދަތުގައި ފައިސާ ޖަމާކޮށްފައިނުވާތީވ ޖޫރިމަނާގެ ގޮތުގައި އަރާފައިވާކަމަށްބުނާ 355.18,322ރ. (ތިންލައްކަ ބާވީސް ހާސް ތިންސަތޭކަ ފަންސާސް ފަސް ރުފިޔާ އަށާރަ ލާރި) އާއި އެކު މުޅި ޖުމްލަ 427،597.52ރ. (ހަތަރު ލައްކަ ހަތާވީސްހާސް ފައްސަތޭކަ ނުވަދިހަ ހަތް ރުފިޔާ ފަންސާސް ދެލާރި) އެއްފަހަރާ އައި. ޓެކް މޯލްޑިވްސްގެ އަތުން ހޯދުމަށް ވެމްކޯގެ ފަރާތުން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއެވެ. އެމައްސަލަ ބަލާފައިވަނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 438/R1C/2021 ޤަޟިއްޔާއިންނެވެ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމިގޮތް:

5ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާ ނިންމާފައިވަނީ؛ "ދެންފަހެ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް އާއި އައިޓެކ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު 29 ޖަނަވަރީ 2018 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން 15 މާރިޗް 2018 އިން 02 ނޮވެންބަރު 2018 ގެ ނިޔަލަށް ކަސްޓަމަރުންގެ އަތުން ނަގާފައިވާ ފައިސާގެ ތެރެއިން 105,242.34 (އެއްލައްކަ ފަސްހާސް ދުއިސައްތަ ސާޅީސް ދެ ރުފިޔާ ތިރީސް ހަތަރުލާރި) އާއި ޖުރިމަނާގެ ގޮތުގައި މިޢަދަދަށް 105،242.34 (އެއްލައްކަ ފަސްހާސް ދުއިސައްތަ ސާޅީސް ދެ ރުފިޔާ ތިރީސް ހަތަރުލާރި) އެކު ޖުމްލަ 210،484.68ރ. (ދެލައްކަ ދިހަހާސް ހަތަރު ސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ / ފަސްދޮޅަސް އަށްލާރި) ދައްކަންޖެހޭކަމާއި، އޭގެ ތެރެއިން މިހާތަނަށް ޝަރީޢަތަށް ދެއްކިފައިވާ ޢަދަދުތައް އުނިކުރުމަށްފަހު، ބާކީ ނުދައްކާ އޮތް ޢަދަދަކީ 187098.49ރ. (އެއްލައްކ އަށްޑިހަ ހަތްހާސް ނުވަދިހަ އަށް ރުފިޔާ / ސާޅީސް ނުވަލާރި) ކަމާއި، މި ފައިސާ މިއަދު (28 ފެބްރުއަރީ 2022) ނ ފެށިގެން މީލާދީ 11 (އެގާރަ) މަސްދުވަހުގެ ތެރޭގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްއަށް އައިޓެކ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކައި ޚަލާސްކުރުމަށް އަންގައި އެގޮތުގެމަތިން ޙުކުމްކޮށް، މައްސަލަ ނިންމީއެވެ." މިފަދައިންކަން އެޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ. އައި. ޓެކްގެ ފަރާތުން އިސްތިއުނާފުކޮށްފައިމިވަނީ މިޤަޟިއްޔާއެވެ. އިސްތިއުނާފީ ނުކުތާތައް:

6ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 438/R1C/2021 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ، އައި.ޓެކް މޯލްޑިވްސްގެ ފަރާތުން ތިރީގައިވާ ނުކުތތަށާ ހުށަހަޅް އެނުކުތާތަކާ އާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މި ގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:

1.6 ފުރަތަމަ ނުކުތާއަކީ: އައި. ޓެކް މޯލްޑިވްސްއަކީ 96/10 ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން އުފައްދާ، ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުމުގެ ޙައްޤު ލިބިގެންވާ، ވަކި ޝަޚްސަކަށްވީ ހިނދު، އައި. ޓެކް މޯލްޑިވްސްއަށް ދައުވާ ލިބޭގޮތަށް ހުށަހެޅުނު މައްސަލައެއްގައި ޖަވާބުދާރީވުމުގެ ފުރުސަތު އައި. ޓެކް މޯލްޑިވްސްއަށް ލިބިނުދީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާއިން ކުންފުންޏަށް ލިބިފައިވާ ޙައްޤު ގެއްލޭގޮތަށް އައި. ޓެކް މޯލްޑިވްސްގެ މައްޗަށް ޙުކުމްކޮށް އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ޝަވީދު ވ. މުޙައްމަދު ލަޠީފް ޤަޟިއްޔާއާއި ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

2.6 ދެވަނަ ނުކުތާއަކީ: މިމައްސަލާގައި އައި. ޓެކް މޯލްޑިވްސްގެ މައްޗަށް ޙުކުމްކޮށްފައިވުން އެއީ، ޖޫރިމަނާގެ ގޮތުގައި ބަދަލު ނަގާދިނުމުގައި ޢަމަލުކުރަންވީ ގޮތް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙަސަން ޢަލީ މަނިކު ވ. އަޙްމަދު ޖަނާޙް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވ އުޞޫލާ ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމުގައިވުމާ، އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ އާއި 143 ވަނަ މާއްދާގެ (ރ) އާއި ޚިލާފަށްކޮށްފައިވާ ޙުކުމެއްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

3.6 ތިންވަނަ ނުކުތާއަކީ: ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން އައި. ޓެކް މޯލްޑިވްސްގެ މައްޗަށް ކޮށްފައިވާ ޙުކުމކަ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށްކޮށްފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

އިސްތިނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް

7އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާ ތައް ތަފްޞީލްކޮށް އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާތަކާއި ގުޅިގެން ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްސީލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލާސާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛

1.7 އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ މައްސަލަ ދަށު ކޯޓުގައި ހިންގާފައިވަނީ ކުންފުނީގެ ބަހެއްނެތިކަމަށެވެ. މިހެން ބުނާ ސަބަބެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބަޔާންކުރަނީ އައި. ޓެކް މޯލްޑިވްސްއަކީ ކުންފުންޏެއްކަމަށްވާއިރު، މައްސަލައިގައި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ޙާޟކޮށްފައިވަނި ކުންފުނީގެ ޑިރެކްޓަރެއްކަމަށާއި، އޭނާ ޙާޟިރުކޮށްފައިވަނީ ކުންފުނީގެ ބޯޑުގެ އެއްވެސް ނިންމުމެއް ނެތި ކުންފުނީގެ ފަރާތުން ކޯޓަށް ޙާޟިރުވާނެ ފަރާތެއް ކަނޑައަޅައި އަންގާފައި ނުވަނީސްކަމަށެވެ. އަދި މިމައްސަލައިގެ ޙުކުމެއް ކުރުމާއި ހަމައަށްވެސް މިމައްސަލައާއި ގުޅިގެން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އެއްވެސް ނިންމުމެއް ނިންމާފައިނުވާކަމަށެވެ.

2.7 އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްސީލްގއަ އިސްތިއުނާފުކުރި ފަރާތުން ބުނެފައިވަނީ އައި. ޓެކް މޯލްޑިވްސްގެ މައްޗަށް ޖުރިމަނާގެ ގޮތުގައި ބޮޑު ޢަދަދެއް ދެއްކުމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙަސަން ޢަލީ މަނިކު ވ އަޙްމަދު ޖަނާޙް ޤަޟިއްޔާގައި ކަނޑައަޅުއްވާފައި އުޞޫލާ ޚިލާފަށް ކަމަށެވެ. އެޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުގެ މަތިން ބަދަލު ލިބިގަތުމަށް ބަރޯސާވަނީ ޕެނަލްޓީ ކްލޯޒުއެއްކަމަށް ބެލެވޭނަމަ، އާއްމު އުސޫލުން އެފަދަ ބަދަލެއް ނަގައިނުދެވޭނެކަމަށެވެ. އަދި އެކަމުގެ މައްޗަށް ދެފަރާތުން އެއްބަސްވެފައިވީނަމަވެސް އެއްބަސްވުމުގެ ދަށުން ބަދަލު ނަގައިދިނުމުގެ ކުރިން، ލިބިދެވޭނެކަމަށް އެއްބަސްވެފައިވާ މިންވަރަކީ ޕެނަލްޓީ އެއްކަން ނުވަތަ ނޫންކަން ކޯޓުން ވަޒަންކުރަންޖެހޭނެކަމަށެވެ. އެހެންކަމުން އެއީ ކޮންގޮތަކުން ނަގާދެވޭ ޖުރުމަނާއެއްކަން ކަނޑައެޅުއްވުމެއްނެތި ޖރޫ މަނާގ ގޮތުގައެ ފައިސި ނަގާދިނުމަށް ނިންމާފައިވަނީ ޖުރުމަނ ނަގާ ދިނުމުގައި މިހާރު ޢަމަލުކުރަންޖެހޭ މއުޞޫލާ ޚލާފަށި ކަމަށެވެ.

3.7 އިސްތިއުނާފީ ތިންވަނަ ނުކުތާގެ ތަފްސީލްގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ކޮންމެ ޝަޙްސެއްގެވެސ އެއް ޤާނޫނީ ޝަޙްސަކަށްވިޔަސް ތަބީޢީ ޝަޙްސަކަށްވިޔަސް އެ ޝަޙްސެއްގެ މިލްކުވެރިކަމުގެ ޙައްޤު ޤާނޫނުއަސާސީން ހިމާޔަތްކޮށްދޭކަމަށާއި، މިކަން ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނާއި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ޝަވީދު ވ. މުޙައްމަދު ލަޠީފު ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމުންވެސ އެނގެން އޮތްއިރު، އިސްތިއުނާފުކުރެވިފައިމިވާ މައްސަލަ ނިންމާފައިވަނީ މިނިންމުންތަކާއި ޚިލާފަށްކަމަށެވެ. އަދި މައްސަލަ ނިންމުމުގައި ފަނޑިޔާރުން ޢަމަލުކުރަންވީ ގޮތާ ފަނޑިޔާރުންގެ ޤާނޫނުގައި ބަޔާންކޮށްފައިވާކަމަށާއި، މިމައްސަލައިގައި އައި. ޓެކް މޯލްޑިވްސްގެ ޤާނޫނީ ޝަހްސުގެ މަފްހޫމާ ލިމިޓެޑް ލައިބިލިޓީ ކުންފުނގީ ޤާނޫނީ މަފްހޫމް ނެތިދާގޮތަށ މައްސަލް ނިންމާފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ

(ހ) އާއި ޚިލާފަށްކަމަށެވެ.

އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް

8އިސްތިއުނާފުކުރާ އައި.ޓެކް މޯލްޑިވްސްގެ ފަރާތުން މިމައްސަލާގައި އެދިފައިވަނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 438/R1C/2021 ޤަޟިއްޔާގައި އައި.ޓެކް މޯލްޑިވްސްގެ މައްޗަށް ކޮށްފައިވާ ޙުކުމުގައި ވެމްކޯއަށް 210،484.68ރ. (ދެލައްކަ ދިހަހާސް ހަތަރުސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ ފަސްދޮޅަސް އަށްލާރި) ދެއްކުމަށް ކޮށްފައިވާ ޙުކުމް ބާޠިލް ކޮށްދެއްވުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތު ން ދެއްކި ވާހަކަތައް.

9އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބު ގެ ގޮތުގައި އިޖރާއު ނުކުތާ އަދި މައުޟޫޢީ ނުކުތާތަކެއް ފާހަގަކޮށް ތަފްޞީލީގޮތެއްގައި ލިޔުމުން ހުށަހަޅާފައިވެއެވެ. އަދި މިމައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާތަކާއި ގުޅިގެން ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކާފައިވެއެވެ. އެވާހަކަތައް ތަފްޞީލުކޮށް ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމެނޭނެތީ، ޚުލާޞާ ގޮތެއްގައި އެކަންކަން ފާހަގަ ކުރަމެވެ.

9.1- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު)ގެ 282 ވަނަ މާއްދާގެ ދަށުން އިޖްރާއީ އިޢުތިރާޒްއެއްކަމަށްބުނެ އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ، އިޝާރާތްކުރެވުނު ޤާނޫނުގެ 282 ވަނަ މާއްދާގައި ދަށު ކޯޓުގެ ޙުކުމެއް އިސްތިއުނާފުކުރެވޭނެ ޙާލަތްތައް ބަޔާންކޮށްފައިވާއިރު، އިސްތިއުނާފުކުރާ ފަރާތުގެ ތިން ނުކުތާވެސް މިއިން އެއްވެސް ޙާލަތަކަށް ނުފެތޭކަމަށެވެ. އެގޮތުން އިސްތިއުނާފުކުރާ ފަރާތުގެ ފުރަތަމަ ނުކުތާގައި އެފަރާތަށް ޖަވާބުދާރީވުމަށް ފުރުސަތު ލިބިފައިނުވާކަމަށް ބުނެފައިވީނަމަވެސް، އައި.ޓެކް މޯލްޑިވްސްގެ ފަރާތުން މައްސަލައިގައި ޖަވާބުދާރީވެފައިވަނީ ކުންފުނީގެ އޭރުގެވެސް އަދި މިހާރުގެވެސް އައި.ޓެކް މޯލްޑިވްސްގެ ފަރާތުން އިސްތިއުނާފު ފޯމުގެ 10 ވަނަ ޕޮއިންޓްގައި އެދޭގޮތްކަމަށް ބަޔާންކޮށްފައިވަނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 438/R1C/2021 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ތަންފީޛުކުރުން ފަސްކުރުމަށް ކަނޑައަޅުއްވައިދިނުމަށެވެ. މެނޭޖިންގ ޑިރެކްޓަރު ކަމަށެވެ. އަދި މިއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާގެ

(ހ) ގެ 2 ވަނަ ނަންބަރުގެ ii ގައި ބަޔާންކުރާ ޝަރީޢަތުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުންކަމަށް ބެލެވޭނެ ޖާގަ އެބައޮތްކަމަށެވެ. އެހެންކަމުން މި އިސްތިއުނާފަކީ ބާޠިލް އިސްތިއުނާފެއްކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދޭކަމަށެވެ.

9.2- އިސްތިއުނާފު ރައްދުވާ ފަރާތުން މައުޟޫޢީ ގޮތުން އިސްތިއުނާފީ ނުކުތާތަކަށް ޖަވާބުދާރީވަމުން ފުރަތަމަ ނުކުތާގެ ރައްދުގައި ބުނެފައިވަނީ މައްސަލައިގައި ދަށު ކޯޓުން ޙުކުމްކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތަށް ޖަވާބުދާރީވުމުގެ ފުރުސަތު ލިބިނުދީކަމަށ ބުން ދައްކާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އެގޮތުން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ޝަރީޢަތުގއަ އައި. ޓެކްގެ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވާނެ ފަރާތެއް ބެލުމުގެ ގޮތުން އެކުންފުންޏަށް ސިޓީ ފޮނުވާފައިވާކަމަށާއި، ކުންފުނީގެ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވެ ޖަވާބުދާރީވެފައިވަނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމަށެވެ. ކުންފުންޏެއް ތަމްސީލުކުރުމަށް ޢައްޔަންކޮށްފައިވާ ފަރާތެއް ޙާޟިރުވެފައިވަނީ ކުންފުނިން އެފަދަ ޤަރާރެއް ނުވަތަ ކުންފުނި ތަމްސީލުކުރުމުގެ އޮތޯރިޓީ ލިބިގެންތޯ ނުވަތަ އެފަރާތަކީ އޮތޯރިޓީ އޮތް ފަރާތެއްތޯ ކަށަވަރު ކުރުމަކީ އެ ކޯޓުގެ ޒިއްމާއެއްކަމަށް ދެކޭކަމަށާއި، މައްސަލައިގެ އަނެއް ޚަޞްމު ޤަބޫލުކުރާނީ ކޯޓުން ޝަރީޢަތް ކުރިއަށް ގެންދަނީ އެކަންކަން ފުރިހަމަކޮށްގެންކަމަށެވެ. އެހެންކަމުން، މި މައްސަލައިގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙާޟިރުވެގެނ ކުރިއަށް ގެންގޮސްފައިވާތީ އިސްތިއުނާފު ރައްދުވާފަރާތުނ ދެކެނީ މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ކުންފުންޏަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީގެންކަމަށެވެ.

39.- އިސްތިއުނާފީ ދެވަނަ ނުކުތާގެ ރައްދުގައި ބުނެފައިވަނީ ވެމްކޯގެ ފަރާތުން ޖޫރިމަނާގެ ގޮތުގައި ހޯދުމަށް އެދިފައިވަނީ ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ނަގައިދެވޭނެކަމަށް ކަނޑައެޅިފައިވާ ޖޫރިމަނާގެ ފައިސާކަމަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ބެލުމުންވެސް އެނގިގެންދަނީ ދެފަރާތް ދެމެދު ވަކިގޮތަކަށް އެއްބަސްވެފައި އަދި ދެފަރާތުގެ ރުހުމުގައި އެކަމަށް އެއްބަސްވާނަމަ ޖޫރިމަނާގެ ގޮތުގައި ކަނޑައެޅޭ އަދަދަކީ ޕެނެލްޓީއެއްގެ ގޮތުގައި ނުވަތަ އަދަބެއް ދިނުމުގެ ގޮތަށް ނުބެލެވޭހާ ހިނދަކު އެ ޖޫރިމަނާގެ ފައިސާ ނަގައިދިނުމަށް ހުރަހެއް ނެތްކަމަށެވެ. އަދި މިމައްސަލައިގައި ޙުކުމް ކުރައްވާފައިވަނީ ދެފަރާތުން އެއްބަސްވުމަކަށް އާދެވި މަޝްވަރާކުރެވިގެންކަމަށެވެ. އަދި މައްސަލަ ދަށު ކޯޓުގައި ހިނގަމުންދިޔައިރު، ވެމްކޯގެ ފަރާތުން ހޯދުމަށް އެދިފައިވާ ޕްރިންސިޕަލް އަދަދުގެ ތެރެއިން ވަކި އަދަދެއް ކުންފުނީގެ ފަރާތުން ދައްކާފައިވާކަމަށެވެ. އެހެންކަމުން މިފައިސާއަކީ ކުންފުނީގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއްކަމަށް އެފަރާތުން ޤަބޫލުކުރާކަން އެނގޭކަމަށެވެ. މީގެ އިތުރުން ޖޫރިމަނާއާއި ގުޅޭގޮތުން އިސްތިއުނާފޭ ކުރު ފަރާ ތުން ދައްކާފައިވާ މިވާހަކަތަކަކީ ދަށު ކޯޓުގައި އެއްވެސް އިރެއްގައި ވާހަކަ ދެކެވިފައިވާ ނުކުތާއެއްނޫންކަމަށެވެ.

49.- އިސްތިއުނާފީ ތިންވަނަ ނުކުތާގެ ރައްދުގައި ވެމްކޯ އިން ބުނެފައިވަނީ އިސްތިއުނާފީ ތިންވަނަ ނުކުތާއަކީ މިމައްސަލައާއި ގުޅުން ހުރި ވާހަކަތަކެއް ދައްކާފައިވާ ނުކުތާއެއްކަމުގައި ނުދެކޭތީ އެނުކުތާއާއި ގުޅިގެން ވަކި އިތުރުކަންކަމެއް ފާހަގަކޮށްފައިނުވާނެކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:

10މިމައްސަލައިގައި ވެމްކޯގެ ފަރާތުން އެދިފައިވަނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 438/R1C/2021 ޤަޟިއްޔާ ގައި ކޮށްފައިވާ ޙުކުމަކީ ޤާނޫނީ ގޮތުން ރަނގަޅު ޙުކުމެއްކަމަށް ކަނޑައަޅުއްވައިދެއްވައި މިޙުކުމް ތަންފީޛުކުރުން ފަސްކުރާނެ ޤާނޫނީ އަސާސެއްވެސ ނެތްކަމަށް ކަނޑައަޅުއްވއަދެއްވުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން:

11މިމައްސަލައާއި ގުޅިގެން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 438/R1C/2021 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އައި.ޓެކް މޯލްޑިވްސްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ. ވެމްކޯ އިން ނެގި އިޖްރާއީ ނުކުތާ:

12HN1އިސްތިއުނާފުކުރެ ވާފައި މިވާ މައްސަލައަށް ބަލާއިރު، ވެމްކޯގެ ފަރާތުން އިޖުރާއީ އިޢުތިރާޒްގައި ފާހަގަކޮށްފައިވަނީ ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) (މީގެ ފަހުން "މަދަނީ އިޖުރާއަތުގެ ޤާނޫނ" )ގެ ދަށުންކަމަށް ވެމްކޯ އިން ބުނެއެވެ. މިގޮތުން ވެމްކޯއިނ ބުނެފައިވަން އައި. ޓެކް މޯލްޑިވްސްގެ ފަރާތުން މިމައްސަލަ އިސްތިއުނާފުކުރުމުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ (ii( ގައި ބަޔާންކުރާ ޝަރީޢަތުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރުންކަމަށް ބެލެވޭނެ ޖާގަ އެބައޮތް ކަމަށެވެ. ވެމްކޯގެ މިބުނުމަށް ބަލާއިރު، އިސްތިއުނާފުކުރެވިފައިމިވާ މައްސަލަ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވަނީ 28 ފެބްރުވަރީ 2022 ގައެވެ. ހައިކޯޓުގެ ދެކުނު ގޮތްޕަށް އިސްތިއުނާފުކުރުމަށް އެދި އައި.ޓެކް އިން ހުށަހަޅާފައިވަނީ 11 މެއި 2022 ގައެވެ. އަދި މައްސަލަ ރަޖިސްޓްރީވެފައިވަނީ 04 ޖުލައި 2022 ގައެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ 16 ޖޫން 2022 ގައެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ

(ހ) ގައި މަދަނީ އިޖުރާއަތުގެ ޤާނޫނު ހިނގާނީ، އެޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު ކޯޓަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ މައްޗަށްކަމަށް ބަޔާންކޮށްފައި އޮތުމުން މަދަނީ އިޖުރާއަތުގެ ޤާނޫނު މިމައްސަލައިގެ މައްޗަށް ތަޠުބީޤް ކުރެވޭނެކަމަކަށ ޤަބޫލެއް ނުކުރެވެއެވެ. މީގެ އިތުރުން، ބަހުޘްގެ ބޭނުމަށް މި މައްސަލައަށް މަދަނީ އިޖުރާއަތުގަ ޤާނޫނު ތަޠުބީޤުކުރެވޭނެކަމަށް ބެލިނަމަވެސް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން އިޖުރާއީ ޢިއުތިރާޒެއް ނެގޭނެ ގޮތް އެޤާނޫނުގެ 287 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެއީ އިސްތިއުނާފުކުރާ މައްސަލައެއް ހުށަހަޅާފައިވާކަން އިސްތިއުނާފު ރައްދުވާ ފަރާތަށް ކޯޓުން އަންގާތާ 20 (ވިހި) ދުވަހުގެ ތެރޭގައެވެ. އިސްތިއުނާފު ރައްދުވާ ވެމްކޯއަށް އެންގުން އަންގައި އެއެންގުމާއި ވެމްކޯގެ ފަރާތުން ހަވާލުވެފައިވަނީ 18 ސެޕްޓންބަރެ 2022 ގައެވެ. އިޖުރާއީ އިޢުތިރާޒް ކޯޓަށް ހުށަހަޅާފައިވަނީ 27 ނޮވެންބަރު 2022 ގައެވެ. އެއީ އިޝާރާތްކުރެވުނު 20 ދުވަހުގެ މުއްދަތު ހަމަވުމަށްފަހުއެވެ. އެހެންކަމުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން އިޖުރާއީ އިޢުތިރާޒެއް ނެގިނަމަވެސް، އެނަގަންޖެހޭ މުއްދަތު މިވަނީ ފަހަނައަޅައި ގޮސްފައެވެ.

13އެހެންކަމުން ވެމްކޯގެ ފަރާތުން މިމައްސަލައިގައި ނަގާފައިވާ އިޖުރާއީ ނުކުތާއަކީ ބަލައިގަނެވޭނެ ނުކުތާއެއްކަމކަ ށ ނުފެނެއެވެ.

ކުންފުނީގެ ބަހެއް ނެތި މައްސަލަ ނިންމާފައިވުން

14HN2އިސްތިއުނާފުކުރާ ފަރާތުގެ މައިގަނޑު ޝަކުވާއަކީ މައްސަލަ ދަށު ކޯޓުގައި ހިންގާފައިވަނީ ކުންފުނީގެ ބަހެއްނެތިކަމަށެވެ. އަދި ކޯޓަށް ޙާޟިރުކޮށްފައިވާ ޑިރެކްޓަރު ޙާޟިރުކޮށްފައިވަނީ ކުންފުނީގެ ބޯޑުގެ އެއްވެސް ނިންމުމެއްނެތި ކުންފުނީގެ ފަރާތުން ކޯޓަށް ޙާޟިރުވާނެ ފަރާތެއް ކަނޑައަޅާފައިނުވަނީސް ކަމަށެވެ. އެހެންވެ، ޤާނޫނު ނަންބަރު:96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ ދަށުން ކުންފުންޏަށް ލިބިދޭ ޙައްޤު ގެއްލިފައިވާ ކަމަށެވެ. އެމާއްދާގައި ބަޔާން ކުރަނީ؛ ރަޖިސްޓަރީވުމުގެ 15. (ހ) މި ޤާނޫނުގައިވާ ގޮތުގެމަތިން، ކޮންމެ ކުންފުންޏެއް ރަޖިސްޓަރީ ވުމުން، ނަތީޖާ: އެ ކުންފުންޏަކީ، ކުންފުނީގެ ނަންކަމުގައި އެ ކުންފުންޏެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައި ބުނެފައިވާ ނަމުގައި، މިޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެ ކުންފުންޏެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު ގައިވާ ކަންތައްތައް ހިންގުމާއި، ދަޢުވާ ކުރުމާއި، ދަޢުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދާ ޤާނޫނު ހުއްދަ ކުރާ ގޮތުގެ މަތިން ހޯދުމާއި ލިބިގަތުމާއި، ދެމިގެންވާ ގޮތަށް މުދާ ލިބިގަތުމާއި، މިކަންކަމުގައި ޙައްޤު ލިބިގެންވާ، އަދި ވަކި ސިއްކައެއް އޮންނަ، މެންބަރުންނާ ވަކިން އުފެދިފައިވާ، ޤާނޫނީ ގޮތުން އަމިއްލަ ޝަޚްޞެކެވެ .

(ށ) ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު ރަޖިސްޓަރީ ވުމުން، އެގަވާއިދު ތަކުގައިވާ މާއްދާތަކަށް ޢަމަލު ކުރުމަކީ، އެގަވާއިދެއްގައި ސޮއިކުރާ މެންބަރުން ފަދައިން، އެކުންފުންޏެއްގެ މައްޗަށާއި، އެކުންފުންޏެއްގެ ކޮންމެ މެންބަރެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެ ކެވެ. މިފަދައިންނެވެ. މިމާއްދާއިން ސާފުކޮށް އެނގޭ ގޮތުގައި، ކުންފުންޏަކީ، މެންބަރުންނާއި ވަކިން އުފެދިފައިވަ ޤާނޫނީ ގޮތުން އަމިއްލަ ޝަޚްޞެކެވެ. ކޯޓުގައި ކުންފުނި ތަމްސީލު ކުރުން:

15HN3ކުންފުންޏެއް ކޯޓުގައި ތަމްސީލު ކުރުމުގެ ޢާންމު އުޞޫލު ނުވަތަ “rule in battle” ބަޔާންކުރާ ގޮތުން، ކުންފުންޏެއް ކޯޓުގައި ތަމްސީލު ކުރެވޭނީ، ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް ޤާނޫނީ ވަކީލަކަށެވެ. ކުންފުން ޏެއްގް މެނޭޖިންގ ޑިރެކްޓަރު، ޑިރެކްޓަރުން ނުވަތަ އެނޫންވެސް ކުންފުނީގެ އެހެން އޮފޝިލަކަށް ކޯޓުގައި ކުންފުނި ތަމްސީލެއް ނުކޮށްދެވޭނެއެވެ. ސަބަބަކީ، ކުންފުންޏަކީ، މެންބަރުންނާއި މުޅިން ވަކިން އުފެދިފައި އޮންނަ އަމިއްލަ ހައިޞިއްޔަތެއް އޮންނަ ޤާނޫނީ ޝަޚްޞަކަށްވުމެވެ. ކޮންމެ އުޞޫލަކަށްވެސ އިސްތިސްނާއެއް އޮންން ފަދައިން މި އުޞޫލަށްވެސ އިސްތިސްނާތަކެއް ވެއެވެ. އެގޮތުން އެތަނެއްގައި ޢަމަލުކުރާ ޤާނޫނާއި ޤަވާޢިދުތަކުން ލިބިދީފައިވާ އިސްތިސްނާތަކާއި، ކުންފުނީގެ ޙާލަތަށް ބަލައި، މިސާލަކަށް، ކުންފުނީގެ މާލީ ޙާލަތުގެ ސަބަބުން ވަކީލަކު ޢައްޔަން ކުރެވެން ނެތްނަމަ، ޢަދުލު އިންސާފުގެ ބޭނުމަށްޓަކައި ކުންފުނި ތަމްސީލުކުރުން ކުންފުނީގެ ޑިރެކްޓަރުންނަށް ހުއްދަ ކުރެވެއެވެ. އެއީ، ކޯޓުތަކުގައި ތަމްސީލުކުރާނެ ފަރާތެއްނެތި، މައްސަލަތައް ހިނގާނެ ގޮތްނުވެ، ކުންފުނީގެ ޣައިރު ޙާޟިރުގައި މައްސަލަތައް ހިންގުން ޖެހިދާނެ ކަމަށްޓަކައެވެ.

16ކުންފުންޏަކީ ޤާނޫނީ ޝަޚްޞަކަށްވާތީ، ކުންފުނި ހިންގައި އެކުންފުނި ތަމްސީލު ކުރާނީ ކޮންމެވެސް ޠަބީޢީ ޝަޚްޞެއް ނުވަތަ އިންސާނެކެވެ. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން، "ކޮންމެ ކުންފުންޏެއްވެސް ހިންގަންވާނީ، ޑިރެކްޓަރުންގެ ބޯޑަކުންނެވެ." އަދި އެޤާނޫނުގެ 45 ވަނަ މާއްދާގެ (ބ) ގައި "ކޮންމެ ކުންފުންޏެއްގައިވެސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކު ހުންނަންވާނެ..." ކަމަށް ބަޔާންކުރެއެވެ. ވީމާ، ކުންފުންޏެއް ހިންގުމުގެ ދައުރު އަދާކުރާ ފަރާތަކީ ޑިރެކްޓަރުން ބޯޑެވެ.

17HN4ޤާނޫނު ނަންބަރު:96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގައި، ކުންފުންޏެއް ކޯޓުގައި ނުވަތަ އެނޫންވެސް ތަނެއްގައި ތަމްސީލުކުރާނެ މީހެއް ނުވަތަ ފަރާތަކީ ކާކުކަމެއް ސާފުކޮށާ ބަޔާނެއްނުކުރެވެ. ނަމަވެސް، އެޤާނޫނުގެ 85 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާގޮތުން، ކުންފުންޏެއް އުވާލުމުގެ މަސައްކަތް ކުރުމަށް މީހަކު ނުވަތަ ބަޔަކު ޢައްޔަންކޮށްފިނަމަ، ކުންފުނި ތަމްސީލުކުރުން ނުވަތަ ޤާނޫނީ ވަކީލަކު ޢަންޔަކުރުމުގެ ބާރު އެމީހަކަށް ނުވަތަ އެބަޔަކަށް ދީފައިވެއެވެ. ވީމާ، ކުންފުނި ތަމްސީލުކުރާނެ މީހަކު ކަނޑައެޅުމަކީ، ކުންފނީގު އެތެރޭގެ ހިންގުމާބެހޭ ގޮތުން ޢަމަލު ކުރުމަށް އޮތް "ހިންގާ ޤަވާޢިދު" ފަދަ ގަވާއިދެއްގައި ބަޔާންކުރާ އުޞޫލަކުން ކުރެވިދާނެ ކަމެއްކަމަށް ދެކެމެވެ. މިމައްސަލައިގައި ކުންފުނި ތަމްސީލު ކުރުން:

18HN5މިމައްސަލައަކީ، ޤާނޫނު ނަންބަރު: 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) އަށް ޢަމަލު ކުރަން ފެށުމުގެ ކުރިން ދަށު ކޯޓުގައި ހިންގާ ނިންމާފައިވާ ޤަޟިއްޔާއެކެވެ. އެހެންކަމުން، އެޤާނޫނުގައި ޚަޞްމުން ތަމްސީލު ކުރުމާއަ ގުޅޭ ގޮތުން ބަޔާންކުރާ އިޖުރާއަތެއް މިމައްސަލައިގެ މައްޗަކަށް ހިންގޭނެ ތަނެއް ނެތެވެ. ވީމާ، ބަލަންޖެހެނީ މިމައްސަލަ ހުށަހެޅުނުއިރު ޢަމަލުކުރަމުންދިޔަ ޤާނޫނަށް ނުވަތަ ޤަވާޢިދަށެވެ. މިގޮތުން ބަލާއިރު، ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު (6) ގެ 178 ވަނަ މާއްދގައާ އޮތް، "ޝަރީޢަތުގެ މަޖިލީހުގައި ބަދަލު ގަބޫލުކުރުމާއި، ޤާނޫނީ ވަކީލެއްގެ ހައިޞިއްޔަތުން ވަކާލާތު ކުރުމަށް ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވުމުގެ ގަވާއިދު" ގައި ކުންފުނި ނުވަތަ ޖަމްޢިއްޔާތައް ތަމްސީލު ކުރުމާގުޅޭ ގޮތުން އޮތީ؛

178(6) ކުންފުންޏެއް ނުވަތަ ޖަމްޢިއްޔާއަކުނ ދަޢުވް ކުރާ ނުވަތާ އެއިންފަރާތަކަށ ދަޢުވް ލިބޭ މަދަނީ މައްސަލަތަކުގައި ކޯޓަށް ހާޒިރުވާންވާނީ، ކުންފުންޏެއްނަމަ، އެކުންފުންޏެއްގެ ޗެއަރމަން ނުވަތަ މެނޭޖިންގ ޑިރެކްޓަރު ނުވަތަ ޑިރެކްޓަރުންގެ ބޯޑުގެ މަސްއޫލުވެރި އެހެން މެންބަރެއް ނުވަތަ އެކުންފުންޏެއް ހިންގުމާ ހަވާލުވެހުންނަ ވެރިއެކެވެ. ޖަމްޢިއްޔާއެއްނަމަ، އެޖަމްޢިއްޔާގެ ރައީސް ނުވަތަ ނާއިބު ރައީސް ނުވަތަ އެޖަމްޢިއްޔާއެއްގެ މަސްއޫލު މެންބަރަކު ނުވަތަ އެޖަމްޢިއްޔާއެއް ހިންގުމާ ހަވާލުވެ ހުންނަ މީހެކެވެ. (9) ކުންފުންޏެއްގެ ނުވަތަ ޖަމްޢިއްޔާއެއްގ ގަވާއިދެ އެއްގޮތްވާ ގޮތުގެމަތިން އެކުންފުންޏެއްގެ ނުވަތަ ޖަމްޢިއްޔާއެއްގެ ފަރާތުން ކޯޓުގައި ދައްކަންޖެހޭ ހުރިހާ ވާހަކައެއް ދައްކައި، ޖަވާބުދާރީ ވާންޖެހޭ ހުރިހާ ކަމަކަށް ޖަވާބުދާރީވެ، ކުރަންޖެހޭ ހުރިހާކަމެއް ކުރުމަށް ޕަވަރއޮފް އެޓަރނީއެއް ދީފައިވާ، ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލަކަށް އެ ކުންފުންޏެއްގެ ނުވަތަ އެޖަމްޢިއްޔާއެއްގެ ފަރާތުން ކޯޓަށް ހާޒިރުވެވިދާނެއެވެ. މިފަދައިންނެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 79 ވަނަ މާއްދާ. މިއީ ޤާނޫނު ނަންބަރު:2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 2 އަކުން ޤާނޫނީ ބާރު އޭރު ލިބިދީފައި އޮތް ގަވާއިދެކެވެ.

19HN6ހަމައެހެންމެ، އޭރު ޢަމަލުކުރަމުން ދިޔަ "ޝަރީޢަތް ކުރުމާއިބެހޭ ގޮތުން ހެދިފައިވާ ޤަވާއިދު 6.1" ގައި ބަޔާންކުރާ "ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާޢިދު"އަށް ބަލާއިރުވެސް، ކުންފުންޏަށް ކޯޓު އަމުރު ރައްދު ކުރެވުނީ ކަމަށް ބަލަންޖެހޭ ގޮތް އެޤަވާއިދުގެ 26 ވަނަ މާއްދާއިން ސާފު ވެއެވެ. އެމާއްދާ އޮތް ގޮތް ތިރީގައި އެވަނީއެވެ؛ ކުންފުނި ނުވަތަ 26. (ހ) ކޯޓަށް ހާޟިރުވުމުގެ އަމުރު ރައްދުވާ ފަރާތަކީ ކުންފުންޏެއް ޖަމުޢިއްޔާފަދަ ނުވަތަ ޕޓްނަޝިޕާ ނުވަތް ޖަމްޢިއްޔާއެއް ނުވަތަ އެނޫންވެސް ތަންތަނަށް ޙާޟިރު ޤާނޫނީ ޝަޚްޞެއް ކަމަށްވާނަމަ، އެތަނުގެ މަސައްކަތް ވުމުގެ އަމުރު ހިނގަމުންދާ އިދާރާއަށް އަމުރު ރައްދުކުރުމުން އެފަރާތަކަށް ރައްދު ކުރުން އަމުރު ރައްދުވީކަމަށް ބެލެވޭނެއެވެ.

(ށ) ކުންފުންޏެއް ނުވަތަ ޕާޓްނަޝިޕ ނުވަތް ޖަމްޢިއްޔާއެއް ނުވަތަ އެނޫންވެސް ޤާނޫނީ ޝަޚްޞަކަށް މި މާއްދާގެ

(ހ)ގައި ބަޔާންކުރާގޮތަށް ޙާޟިރުވުމުގެ އަމުރު ރައްދުކުރެވެން ނެތްނަމަ އެފަރާތެއް ރަޖިސްޓްރީ ކުރެވިފައިވާ އެޑްރެހަށް ޙާޟިރުވުމުގެ އަމުރު ރައްދުކުރުމުން، އެފަރާތަކަށް އަމުރު ރައްދުވީކަމަށް ބެލެވޭނެއެވެ.

(ނ) ކުންފުންޏެއް ނުވަތަ ޕާޓްނަޝިޕ ނުވަތް ޖަމްޢިއްޔާއެއް ނުވަތަ އެނޫން ޤާނޫނީ ޝަޚްޞެއްވިޔަސް، ރަޖިސްޓްރީ ކުރެވިފައިވާ އެޑްރެހާ އެތަނަކާ އެއްވެސް ގުޅުމެއް ނެތްކަމަށް ކޯޓަށް ޤަބޫލުކުރެވޭ ޙާލަތްތަކުގައި، އެފަރާތެއް ރަޖިސްޓްރީ ކޮށްދީފައިވާ ފަރާތަކަށް ލިޔެގެން މަސޢޫލުވެރިންގެ މަޢުލޫމާތް ސާފުކުރުމަށްފަހު، އެތަނެއްގެ މަސްޢޫލުވެރިންނަށް ނުވަތަ މަސްޢޫލުވެރިންގެ ތެރެއިން މީހަކަށް އަމުރު ފޮނުވުމުން އެތަނަކަށް އަމުރު ރައްދުކުރެވުނީ ކަމަށް ބެލެވޭނެއެވެ.

(ރ) މިމާއްދާގެ (ށ)ގެ މަޤްޞަދަށްޓަކައި، މިޤަވާޢިދުގެ 10ވަނަ މާއްދާގެ (ހ)ގައި ބަޔާންކުރި ފަދައިން އަމުރު ރައްދުކުރެވެން ނެތްނަމަ، މިޤަވާޢިދުގެ 10ވަނަ މާއްދާގަ (ރ)ގައި ބަޔާންކުރާ ގޮތަށް ޢަމަލު ކުރުމުން ޙާޟިރުވުމުގެ އަމުރު ރައްދު ކުރެވުނީ ކަމަށް ބެލެވޭނެއެވެ.

(ބ) މިމާއްދާގެ މަޤްޞަދަށްޓަކައި، މަސްއޫލުވެރިން ކަމުގައި ބަޔާން ކޮށްފައިވަނީ ކުންފުންޏެއް ނުވަތަ ޕާޓްނަޝިޕެއް ނުވަތަ ޖަމްޢިއްޔާއެއް ނުވަތަ އެނޫންވެސް ޤާނޫނީ ޝަޚްޞެއްގ ހިންގުމުގެ މަސްއޫލިއްޔަތާ ޙަވާލުވެހުރި ފަރާތަށެވެ.

20ވީމާ، ކުންފުނީގެ މަސައްކަތް ހިނގަމުންދާ އިދާރާއަށް ނުވަތަ ކުންފުނީގެ ރަޖިސްޓްރީ އެޑްރެހަށް ނުވަތަ ކުންފުނީގެ މަސްއޫލު ވެރިންގެ މީހަކަށް ކޯޓު އަމުރު ފޮނުވުމުން، އެކުންފުންޏަކަށް ކޯޓު އަމުރު ރައްދުކުރެވުނީ ކަމަށް ޤާނޫނީ ގޮތުން ބެލެވޭނެކަން އެނގެއެވެ.

21އެހެންކަމުން، މިމައްސަލަ ދަށުކޯޓުން ނިންމިއިރު، ދިވެހިރާއްޖޭގައި މިއޮތް ޤާނޫނީ އުޞޫލު ބަޔާން ކުރާ ގޮތުން، ކުންފުންޏެއް ތަމްސީލު ކުރެވޭނީ ހަމައެކަނި ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް ވަކީލުންނަކަށް ނޫނެވެ. ކުންފުންޏަކަށް ދަޢުވާ ލިބޭ މަދަނީ މައްސަލަތަކުގައި، ކުންފުނީގެ ޗެއަރމަން ނުވަތަ މެނޭޖިންގ ޑިރެކްޓަރ ނުވަތަ ޑިރެކްޓަރުންގެ ބޯޑުގެ މަސްއޫލުވެރި އެހެން މެންބަރެއް ނުވަތަ އެކުންފުންޏެއް ހިންގުމާ ހަވާލުވެ ހުންނަ ވެރިއކަށަ އެކުންފުނި ކޯޓުގައި ތަމްސީލު ކުރެވިދާނެ ކަން އެނގެއެވެ. ޕަވަރ އޮފް އެޓާރނީއެއް ހޯދަންޖެހޭ ޙާލަތަކީ ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލަކު މެދުވެރިކޮށް ކުންފުނި ތަމްސީލު ކުރާ ޙާލަތުގައިކަންވެސް އެނގެން އޮވެއެވެ.

22HN7މިއިން އަންގައިދޭ ކަމަކީ، އެކުންފުންޏެއް ތަމްސީލު ކުރުމަށް ކުންފުނީގެ ޗެއަރމަން ނުވަތަ މެނޭޖިންގ ޑިރެކްޓަރު ނުވަތަ ޑިރެކްޓަރުންގެ ބޯޑުގެ މަސްއޫލުވެރި އެހެން މެންބަރެއް ކޯޓަށް ޙާޟިރުވާ ޙާލަތުގައި، ކުންފުނި ތަމްސީލު ކުރުމުގެ ޢާންމު ޤާނޫނީ އަހުލިއްޔަތެއް އެފަރާތްތަކުގެ ކިބައިގައި އޮންނާނެ ކަމަށް މިއުޞޫލު ޤަބޫލު ކުރާކަމެވެ.

23އެފަދަ ބާރެއް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިގެން ދިނުމަކީ ކުންފުނީގެ އެތެރޭގެ ކަމެކެވެ. މެނޭޖިންގ ޑިރެކްޓަރު ކޯޓަށް ޙާޟިރުވެ، ކުންފުނީގެ ފަރާތުން ކޯޓުގައި ވާހަކަ ދައްކައި ގޮތް ނިންމަމުން ދާޙާލަތުގައި، އޭނާ އެކަން ކުރަނީ ހަމަ އަޞްލަށްވެސް އެކަމުގެ ބާރު ކުންފުނިން ދީގެންތޯ (actual authority) ކޯޓުން ބަލަންޖެހޭ ކަމަކަށް ނުދެކމެ ވެ.

24އެހެނީ، ކުންފުންޏަށް އެޑްރެސްކޮށް ކޯޓުން ފޮނުވި ސިޓީގައި ކުންފުނި ތަމްސީލުކުރާނެ ފަރާތެއް އެންގުމަށް އަންގާފައިވާ އެވެ. އަދި ކޯޓަށް ޙާޟިރުވުމަށް ކުންފުންޏަށް ފޮނުވި އަމުރުތަކާއި ގުޅިގެން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ކޯޓަށް ޙާޟިރުވެ ކުންފުނީގެ ފަރާތުން ތަމްސީލު ކުރާ ފަރާތަކީ އޭނާ ކަމަށް ބުނފައެ ވެއެވެ. އެޙާލަތުގައި، ކުންފުނީގެ ފަރާތުން، ގޮތް ނިންމަމުން ދިޔަ ދިއުމުން ޟާހިރަށ ފެންނާން އޮތީ، އެކަން ކުރުމުގެ ބާރު y)(apparent authorit އޭނާގެ ކިބައިގައި އޮވެގެން އެކަން ކުރަނީ ކަމެވެ.

25HN8ކުންފުނި ތަމްސީލު ކުރުމުގެ އެބާރު މެނޭޖިންގ ޑިރެކްޓަރުގެ ކިބައިގައި ނެތްނަމަ، އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެވާހަކަ ކޯޓުގައި ހަމަ ސާފުކޮށް ބުނެވޭނެއެވެ. ނަމަވެސް، މައްސަލަ ދަށުކޯޓުން ނިންމައި، ކުންފުންޏަށަ ފައިސާތަކެއް ދައްކަންޖެހުމުން، ދެން އެނބުރި އައިސް ކޯޓުގައި މެނޭޖިންގ ޑިރެކްޓަރު ތަމްސީލު ކުރީ ކުންފުނީގެ ބަހެއް ނެތިކަމަށް ބުނާ ބުނު މަކީ، ބަލައިގަނެ، ދަށު ކޯޓުގެ ނިންމުން ބާޠިލު ކުރެވޭނެ ޤާނޫނީ ސަބަބެއް ނޫނެވެ. އަދި އެއީ އިންޞާފުވެރި އަދި ހަމަޖެހޭ ގޮތެއްވެސް ނޫނެވެ. ޝަރުޠު ޖަޒާއީ އާ ގުޅޭ:

26އައި. ޓެކް މޯލްޑިވްސްގެ ފަރާތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2020/SC-A/28 ޤަޟިއްޔާ ޙަސަން ޢަލީ މަނިކު ވ. އަޙްމަދު ޖަނާޙް ޤަޟިއްޔާ އާއި ޙަވާލާދީ، ބަދަލު ލިބިގަތުމަށް ބަރޯސާވަނީ ޕެނަލްޓީ ކުލޯޒް އެއް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު B1/MIS/2021/71-R1C (25 ނޮވެންބަރު 2021) ސިޓީ ނަންބަރު:B1/2022/727-R1C (13 ފެބުރުއަރީ 2022) "ކޯޓަށް ޙާޟިރުވުމުގެ އަމުރު" ނަންބަރު:B1/2022/957-R1C (17 ފެބުރުއަރީ 2022) "ކޯޓަށް ޙާޟިރުވުމުގެ އަމުރު" ނަންބަރު:B1/2022/1047-R1C (20 ފެބުރުއަރީ 2022) "ކޯޓަށް ޙާޟިރުވުމުގެ އަމުރު" 15 ފެބްރުވަރީ 2022 ދުވަހު ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގައި އޮތް ޝަރީޢަތުގައި މަޖިލީހުގައި އައި.ޓެކް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ އަސްއަދ ބުނެފައިވަނު އައި.ޓެކް މޯލްޑިވްސް ތަމްސީލްކުރަނީ ޢަލީ ޢަސްއަދުކަމަށެވެ. (2021) SC 50 ނުވަތަ އުޤޫބާތެއްގެ ގޮތުގައި ކަމަށް ބެލެވޭ މާއްދާއެއްގެ މައްޗަށް ކަމުގައިވާނަމަ، ޢާންމު އުޞޫލުން އެފަދަ ބަދަލެއް ނަގައިނުދެވޭނެ ކަމަށް ބަޔާން ކޮށްފައިވަނިކޮށް، މިއުޞޫލާއި ޚިލާފަށް ޖޫރިމަނާގެ ގޮތުގައި ބޮޑު ޢަދަދެއް ދައްކަން ދަށު ކޯޓުން ޙުކުމް ކޮށްފައިވާ ކަމަށެވެ.

27HN9މިނުތާއާއ ގުޅި ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2020/SC-A/28 ޤަޟިއްޔާ އާއި ޙަވާލާދީ ދަށު ކޯޓުން ފާހަގަކޮށްފައިވަނީ، ޢާންމު އުޞޫލުން ޝަރުޠު ޖަޒާއީގެ ގޮތުގައި ނަގައިދެވޭ ބަދަލު އެއީ ހަމައެކަނި އަދަބެއްގެ ގޮތުގައި އޮތްކަމެއް ކަމުގައިވާނަމަ، ފަނޑިޔާރު ރިޢާޔަތް ކުރަންވާނެ ކަންކަން ބަޔާންކުރާ ކަމަށެވެ. ނަމަވެސް އިސްތިއުނާފުކޮށްފައިވާ މައްސަލައިގައި، ޝަރުޠު ޖަޒާއީ އާގުޅޭ ގޮތުން ދެފަރާތުން ވަކި ގޮތަކަށް އެއްބަސްވެފައިވާތީ އާއި، އައި. ޓެކް މޯލްޑިވްސްގެ ފަރާތުން ވެމްކޯއިނ ހުށަހެޅް ޕްރިންސިޕަލް އެމައުންޓަށްވެސް އެއްބަސްވެފައިވާތީ، އެޢަދަދު ޝަރީޢަތުން ނަގައިދެވޭނެ ކަމަށެވެ.

28ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، ވެމްކޯ އާއި އައި. ޓެކްއާ ދެފަރާތުން ވާހަކަ ދައްކައިގެން މިފައިސާ ދެއްކުމާއި ގުޅޭ ގޮތުން އެއްބަސްވެފައިވާ އެއްބަސްވުންތަކެއް ފެންނާން އެބަހުއްޓެވެ.

29މިގޮތުން، މެނޭޖިންގ ޑިރެކްޓަރ އަލީ އަސްއަދު އިބްރާހިމް އަމިއްލައަށް ވެމްކޯއާއި ކޯޓުން ބޭރުން މައްސަލަ ނިންމުމަށް ވާހަކަ ދެއްކިކަމަށް ބުނެއެވެ. އަދި ވެމްކޯގެ ވަކީލަކާއި ވާހަކަ ދައްކާގެނ ކުރިއަށް ގެންދިއުމަށް ވެމްކޯއިން ބުނެފައިވާތީ، ކޯޓުން ބޭރުގައި މައްސަލަ ޙައްލު ކުރުމަށް އެދުމުން، ފުރަތަމަ ޕޭމަންޓަކަށް 25000ރ. (ފަންސަވީސްހާސް ރުފިޔާ) ޖަމާކުރުމުން، މައްސަލަ އަނބުރާ ނަގާނެ ކަމަށް ބުނެފައިވާ ކަމަށެވެ. އެހެންކަމުން އޭނާ އެދެނީ ކޯޓުން ބޭރުގައި މައްސަލަ ކުރިއަށް ގެންދިއުމަށްކަމަށެވެ.

30އައި. ޓެކް މޯލްޑިވްސްގެ ފަރާތުން ވެމްކޯއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 23،387.19ރ. (ތޭވީސްހާސް ތިންސަތޭކަ އަށްޑިހަ ހަތްރުފިޔާ ނަވާރަ ލާރި) ވާނީ ވެމްކޯގެ އެކައުންޓަށް ޖަމާކޮށް، ޖަމާކުރި ސްލިޕް ކޯޓަށްވެސް މެއިލްކޮށްފައިވާނެކަމަށް އައި.ޓެކް މޯލްޑިވްސްގެ ފަރާތުން ޢަލީ އަސްއަދު ބުނެއެވެ. އަދި މިފައިސާ ލިބުނުކަމަށް ވެމްކޯގެ ފަރާތުން ބުނެއެވެ.

31މައްސަލަ ކޯޓުން ބޭރުން ޙައްލުކުރުމަށް ދެފަރާތުން ވާހަކަ ދެއްކުމަށްފަހު، އައި. ޓެކް މޯލްޑިވްސްއިން ލުއިގޮތެއް ހޯދައިދިނުމަށް އެދިފައިވާތީ، އެއްބަސްވެފައިވާނީ ވެމްކޯއަށް ދައްކަންޖެހޭ ފައިސާ 9 މަސްދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާގޮތަށްކަމަށެވެ. އަދި މިހާރު ބާކީ ނުދެއްކިވަނީ ޕްރިންސިޕަލް އެމައުންޓްއާއި އެ އެއަމައުންޓާއި އެއްވަރުގެ ޢަދަދެއް ޖޫރިމަނާގެ ގޮތުގައި ނަގާތީ، ދައްކަން އޮތް 187,098.49ރ. (އެއްލައްކ އަށްޑިހަ ހަތްހާސް ނުވަދިހަ އަށްރުފިޔާ ސާޅީސް ނުވަލާރި) ކަމަށް ވެމްކޯ އިން ބުނެއެވެ. ވީމާ، މިފައިސާ، 11 މަސްދުވަހަށް ބަހާލައިގެން ކޮންމެ މަހަކަށް ޖެހޭވަރު ދައްކަމުން ދިއުމަށް އެދޭކަމަށް ވެމްކޯގެ ފަރާތުން ބުނެފައިވެއެވެ. އަދި މިކަމަށް އައި.ޓެކް މޯލްޑިވްސްގެ ފަރާތުން އެއްބަސްވެފައިވެއެވެ.

32މި ވާހަކަތަކަށާއި، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 438/R1C/2021 ޤަޟިއްޔާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މި ޤަޟިއްޔާގައި، ދަށު ކޯޓުން ނަގައިދިން ފައިސާ ނަގައިދީފައިވަނީ، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ޙައިޞިއްޔަތުން ކޯޓުން ބޭރުގައި މައްސަލައިގެ ޙައްލެއް ހޯދައި މަޝްވަރާކޮށް، ސެޓްލްމަންޓްއަކަށް ވެމްކޯއާއެކު އައިސް، އެކަންކަން ކޯޓާއި ހިއްސާކުރުމުން، އެއްބަސްވުމަކަށް އާދެވިގެންކަން އެނގެއެވެ. އަދި ވެމްކޯއަށް ދައްކަންޖެހޭކަމަށް ވެމްކޯއިނ ބުނެފައިވް ފައިސާއަކީ އައި.ޓެކް މޯލްޑިވްސްގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއްކަމަށް އައި.ޓެކްގެ ފަރާތުންވެސް އެއްބަސްވެފައިވާކަން އެނގެއެވެ. ވީމާ، ޙަވާލާދެވޭ ސުޕްރީމް ކޯޓުގެ ޤޟިއްޔާގައަ ބަޔާންކުރާ ޝަރުޠު ޖަޒާއީގެ އުޞޫލާ ޚިލާފަށް ދަށު ކޯޓުން ޢަމަލުކުރިކަމަށް ބުނާ ބުނުމަކީ ރނަ ގަޅު ބުނުމެއް ނޫނެވެ. ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާ ގުޅޭ :

33ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާ ގެ (ހ) އާ ޙަވާލާދީ މައިގަނޑު ގޮތެއްގައި އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްފައިވަނީ، ފަނޑިޔާރުންގެ ނިންމުންތައް ނިންމުމުގައި ޢަމަލު ކުރަންޖެހެނީ، ޤާނޫނުއަސާސީ އާއި ޤާނޫނަށެވެ. އަދި ޤާނޫނުއަސާސީ އާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިނުވާ ކަންކަން ނިންމުމުގައި، އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައަޅާފައިވާ ގޮތަށް ފަނޑިޔާރު ރިޢާޔަތް ކުރަންވާނެ ކަމަށެވެ.

34މިނުކުތާގައި، އައި. ޓެކް މޯލްޑިވްސްއިން ބަޔާންކުރަނީ، ކުންފުނީގެ ޤާނޫނީ ޝަޚްޞްގެ މަފްހޫމާ ލިމިޓެޑް ލައިބިލިޓީ ކުންފުނީގެ ޤާނޫނީ މަފްހޫމު ނެތިދާގޮތަށް، ކުންފުނީގެ އެއްވެސް ޙައްޤަކަށް އަސާސަކަށް ދަށު ކޯޓުގައި ބަލާފައި ނެތް ކަމަށެވެ. ނަމަވެސް، އައި.ޓެކް މޯލްޑިވްސް ހިންގާނެ ގޮތުގެ ޤަވާޢިދުގައި ވާގޮތެއްގެ މަތިން، އެކުންފުނި ކޯޓުގައި ތަމްސީލުކުރާނެ ފަރާތެއް ޢައްޔަން ކުރުމުގެ ފުރުޞަތު ކޯޓުން މިމައްސަލައިގައި، އެކުންފުންޏަށް ދީފައި އޮތްކަން ސާފުކޮށް އެނގެއެވެ. ކުންފުނިން މީހަކު ޢައްޔަންކުރިތޯ ނުވަތަ ނޫންތޯ އެއީ ކުންފުނީގެ އެތެރޭގެކަމެވެ. އަދި ކުންފުނިން މީހަކު ޢައްޔަން ނުކުރާނަ މަވެސް، އެވާހަކަ ދަށު ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި، އައި. ޓެކް މޯލްޑިވްސް ތަމްސީލުކުރަން ޙާޟިރުވި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަށް ބުނެވޭނެއެވެ. އެވާހަކަ ދައްކަންޖެހޭ މަޙައްލަކީ ދަށު ކޯޓުގެ ޝަރީޢަތުގެ މަޖިލީހެވެ. އިސްތިއުނާފީ މި މަޖިލީހެއް ނޫނެވެ.

35ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 438/R1C/2021 ޤަޟިއްޔާ ނިންމާފައިވަނީ ރނަ ގަޅަށް ކަމަށް އަހުރެންނަށް ބުރަވެއެވެ.

ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު

36މިމައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.

ފަނޑިޔާރު ފާޠިމަތު ފަރްހީޒގާ ރައުޔު

37މިމައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާއިދު ކުރަމެވެ. ހަމައެއާއެކު، "ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު 6" އަދި "ޝަރީޢަތް ކުރުމާއިބެހޭ ގޮތުން ހެދިފައިވާ ޤަވާއިދު 6.1" އަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން އުވާލެވިފައިވާ ގަވާއިދުތަކެއްކަން ފާހަގަކުރަމެވެ. ކުންފުންޏާ ބެހޭ ޤާނޫނާއި ގަވާއިދުގެ ދަށުން ކުންފުންޏެއް ހިންގަންޖެހނޭ ޑިރެކްޓަރުންގެ ބޯޑުންކަމުގައިވާތީ ކޯޓުތަކުގައި ކުންފުނި ތަމްސީލުކުރުމަށްޓަކައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޤަރާރެއް އޮތުން މުހިއްމުކަމުގައި ދެކެމެވެ. އެހެން ނޫން ކަމުގައިވާނަމަ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެދުގައި އިޚްތިލާފެއް އންނޮ ހާލަތްތަކުގައި ކުންފުނީގެ ޤާނޫނީ ޝަހުސިއްޔަތުކަން ގެއްލި ގެންދނާ ފަދައިން ކުންފުނި ކޯޓުގައި ތަމްސީލުވުމުގެ ފުރުސަތު ފަހިވެގެންދާނެތީއެވެ .

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

38މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނާ ޙަވާލުކުރާ 14 13 ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. މިއީ ޤާނޫނު ނަންބަރު:2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 2 އަކުން ޤާނޫނީ ބާރު އޭރު ލިބިދީފައި އޮތް ގަވާއިދެކެވެ . . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ) 2022/HC-A/328 (2022/HC-S-A/12) 24 Wlt!Wffi· >,,,,, 0,,,,, 0,,,,,,.,,,..,,,.,,,, c.o~, ~,,,,.,,.,.,,., .,,,_,,,,,,,,,,,_ ft.,r..Pr.n,,,, ,,. ~0//0C.>> ~ / ox O ~ 0 .,,,, '.I°.,P,r.?VA.? V ./. .,PA_,1.rv rA.nA,..:..... 3 43 8/R l C/2021 ~ ,,. ,,. ,,. > / .,,, >> ~ C." C. ,,,; ;" / / / >X C. 0 / 0 / * / C. 0 ':I~.,,,,. ~,,~., 0 ~~~ .r""' rr.s r.,P.,rA.rA t.rv A.S.1°.SA rvrv..P""'..l.r""' r,so~.,1 ~ V.,1 r.A.J"-,A ~ .,,, ~ ,,,, .,,,,,. ,,,,,.,,,. ,,. ,,. C. C. ox O > :, 0 > ~ 0 ,o,~ ,,,,, c. ~o .,,,. ,,(?.,,,. c.u.o~ , o,;,,,,,oc. o,,,,,,, •..P.?_,1.rv ,.:;,v ✓• r3_,l.1°AA .sr~.n t.r.,1 /,,,, ft.A,.:.... 3,.:;, A.s EVA./ .s f!A~./.,P_r ,r,.:;,v_,,,.,,.,.,,,.,,,,.:;,_,,. ~ ,,; .,,,. .,,,. .,,, ,,,,. .,,,..,,,,,. .,,,. .,,,..,,,,. , o:,:, ,,,,,,,,,, ~o ,,,,, :~v# .?V./. ,,,,,A/• fl.A,_:....,,,,,, .S,,,,,✓ (!./~.,I~d~~ 0/ .J".?.s'!.,I:,,,,,,,,. ~ .r> ~f!.?,,,,. .,,.,.,,,_0 ,,,,, ,,,,, ✓•:, ~.n:,~,,,,,t.r.,1,,,,,. O C}LO~L ,t.~O> www-highcourt,gov-mv info@highcourt-gov-mv

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާ، 44 ވަނަ މާއްދާ، 45 ވަނަ މާއްދާގެ (ބ)، 85 ވަނަ މާއްދާގެ (ށ)
  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ)، 79 ވަނަ މާއްދާ، 287 ވަނަ މާއްދާ (އަދި 287 (ހ) (2) (ii))
  • ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު (6) (ޝަރީޢަތުގެ މަޖިލީހުގައި ބަދަލު ގަބޫލުކުރުމާއި، ޤާނޫނީ ވަކީލެއްގެ ހައިޞިއްޔަތުން ވަކާލާތު ކުރުމަށް ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވުމުގެ ގަވާއިދު) ގެ 178 ވަނަ މާއްދާ
  • ޝަރީޢަތް ކުރުމާއިބެހޭ ގޮތުން ހެދިފައިވާ ޤަވާއިދު 6.1 (ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާޢިދު) ގެ 26 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 6/2008 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 2
  • ޤާނޫނު ނަންބަރު 9/2022 (ޤާނޫނު ނަންބަރު 22/2010 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް 4 ވަނަ އިސްލާޙު)
  • ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ)
  • ސުޕްރީމް ކޯޓުގެ 2020/SC-A/28 (ޙަސަން ޢަލީ މަނިކު ވ. އަޙްމަދު ޖަނާޙް) [(2021) SC 50]
  • ސުޕްރީމް ކޯޓުގެ މުޙައްމަދު ޝަވީދު ވ. މުޙައްމަދު ލަޠީފް ޤަޟިއްޔާ (އިސްތިއުނާފުކުރި ފަރާތުން ޙަވާލާދިން)

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ