ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2022/HC-A/333

ެއެންޓި ކޮރަޕްޝަން ކޮމިޝަން ވ. ނަން ސިއްރުކުރެވިފައި

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ބަލަމުންޙުކުމުގެ ހާލަތު
ހައިކޯޓު · 15 ޖުލައި 2024ދަށު ކޯޓު: ވަޒީފާއާބެހޭ ޓްރައިބިއުނަލް 242/VTR/2020ބާވަތް: ވަޒީފާއާބެހޭ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ވަޒީފާއާބެހޭ ޓްރައިބިއުނަލް 242/VTR/2020
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ފިޔަވަޅަކީ އެކަށީގެންވާ ހަމައަކުން އެޅި ފިޔަވަޅެއް ކަމަށް ބުރަނުވެވޭތީ ވަޒީފާއާބެހޭ ޤާނޫނާއި ކޮމިޝަނުގެ ގަވާއިދާ ޚިލާފު ބާޠިލު ފިޔަވަޅެއް ކަމަށް ކަނޑައަޅައި، އެކަމާ ގުޅޭ ލިޔުންތައް ޕާސަނަލް ރެކޯޑުން އުނިކުރުމަށް އަމުރުކުރިއެވެ.
ވާޤިޢާ
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އިންޓެލިޖެންސް ޔުނިޓުގެ މުވައްޒަފަކު ތައްޔާރުކުރަމުންދިޔަ ޗާޓެއް ފޭސްބުކް ޕޭޖެއްގައި ލީކުވުމާ ގުޅިގެން، ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުމާއި ކޮމިޝަނުގެ ގަވާއިދާ ޚިލާފުވިކަމަށް ބުނެ، މުވައްޒަފު އިންވެސްޓިގޭޝަން ޔުނިޓަށް ބަދަލުކޮށް އެކްސެސްތައް ކަނޑާލުމުގެ އިޞްލާޙީ ފިޔަވަޅު އެޅިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމުމެއް ނިންމުމުގައި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5(ށ) އާ ޚިލާފުވިކަމަށް ބުނެ އިސްތިއުނާފީ ނުކުތާއެއް ހުށަހެޅޭތޯއާއި، މުވައްޒަފު އަޚްލާޤީ މިންގަނޑާ ޚިލާފުވިކަން ސާބިތުނުވިކަމަށް ނިންމިއިރު ވަޒީފާއާބެހޭ ޤާނޫނުގެ 19(ނ) ގެ ކަންކަމަށް ޓްރައިބިއުނަލުން ރިޢާޔަތްކުރަންޖެހޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ކޮމިޝަނުން ބުނީ ޓްރައިބިއުނަލުން ފިޔަވަޅުގައި ޙަވާލާދިން އެއްބަސްވުން ނޫން އެހެން އެއްބަސްވުމަކަށް ބަލައި، ހެކިތަކަށް ރިޢާޔަތްނުކޮށް ފަނޑިޔާރުންގެ ޤާނޫނުގެ 5(ށ) އާ ޚިލާފަށް ނިންމި ކަމަށާއި، 19(ނ) ގެ ކަންކަމަށް ރިޢާޔަތްނުކުރި ކަމަށެވެ. މުވައްޒަފު ބުނީ ހުރިހާ ހެއްކަށް ރިޢާޔަތްކޮށްފައިވާ ކަމަށާއި، އަޚްލާޤީ މިންގަނޑާ ޚިލާފުވިކަން ސާބިތުނުވާތީ 19(ނ) ނުގުޅޭ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ޓްރައިބިއުނަލްގެ މެންބަރުން ފަނޑިޔާރުންގެ ޤާނޫނުގެ ދަށަށް ނުވަންނާތީ ފުރަތަމަ ނުކުތާއަކީ ކަމާ ނުގުޅޭ ނައްޞަކަށް ބިނާކުރި ނުކުތާއެއް ކަމަށާއި، މިންގަނޑާ ޚިލާފުވިކަން ސާބިތުނުވިކަމަށް ޓްރައިބިއުނަލުން ނިންމިއިރު 19(ނ) އަށް ރިޢާޔަތްކުރަންޖެހޭ ޙާލަތެއް ނެތުމާއި އެކަމުގައި ޤާނޫނީ ގޯހެއް އިސްތިއުނާފުކުރި ފަރާތަށް ދައްކާނުލެވުނުތީ، ޓްރައިބިއުނަލްގެ ނިންމުމަށް ބަދަލު ގެންނަން ސަބަބެއް ނެތްކަމަށް ކޯޓުން ނިންމިއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަކީ ފަނޑިޔާރުންގެ މަސްއޫލިއްޔަތުތަކާއި ބާރުތަކާއި ސުލޫކީ މިންގަނޑުތައް ބަޔާންކުރާ ޤާނޫނެއް ކަމަށާއި، އެ ޤާނޫނުގެ 3 ވަނަ މާއްދާގައިވާ ފަނޑިޔާރުންގެ މާނައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުން ނުހިމެނޭތީ، ޓްރައިބިއުނަލުން ނިންމުމެއް ނިންމުމުގައި ފަނޑިޔާރުންގެ ޤާނޫނާ ޚިލާފުވިކަމަށް ބުނެ އިސްތިއުނާފީ ނުކުތާއެއް ނުހުށަހެޅޭނެއެވެ.

HN2 ހުށަހެޅި ހެއްކާއި ޤަރީނާއަށް ނުބަލާ ނިންމިކަމަށް ޤަބޫލުކުރެވޭނަމަ އެކަން ބަޔާންކުރެވިދާނެ ކަމަށާއި، އެފަދަ ނުކުތާއެއް ހުށަހެޅުމުގައި ކޮންމެހެން ޤާނޫނަކަށް ޙަވާލާނުދިން ނަމަވެސް، ކަމާ ގުޅުމެއް ނެތް ބައެއްގެ ވާހަކަ ބަޔާންކުރާ ޤާނޫނީ ނައްޞަކަށް ޙަވާލާދިނުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

HN3 ކަމާ ނުގުޅޭ ޤާނޫނީ ނައްޞަކަށް ބިނާކޮށް ހުށަހަޅާ ނުކުތާއަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭ ނުކުތާއެއް ނޫންކަމަށްވާތީ، އެއީ ހައިކޯޓުން ބަލައި ގޮތް ކަނޑައަޅަންޖެހޭ ނުކުތާއެއް ނޫނެވެ.

HN4 ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ހ) އިން މަސައްކަތުގެ އަޚްލާޤީ މިންގަނޑަށް ތަބާނުވާ މުވައްޒަފަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު ވަޒީފާދޭ ފަރާތަށް ދީފައިވާއިރު، އެޅިދާނެ ފިޔަވަޅުތައް (ށ) ގައި ބަޔާންކޮށް، (ނ) ގައި ބަޔާންކުރަނީ އެޅި ފިޔަވަޅަކީ އެކަށީގެންވާ ފިޔަވަޅެއްތޯ ބެލުމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަމެވެ.

HN5 މުވައްޒަފު ކުރި ޢަމަލަކީ 19 ވަނަ މާއްދާގެ (ހ) ގެ މިންގަނޑުތަކާ ޚިލާފު ޢަމަލެއްކަން ވަޒީފާދޭ ފަރާތަށް ސާބިތުކޮށްދެވިފައި ނުވާކަމަށް ޓްރައިބިއުނަލުން ކަނޑައަޅާފައިވާ ޙާލަތުގައި، ފިޔަވަޅުގެ އެކަށީގެންވުމާ ބެހޭ 19 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކުރަންޖެހޭ ޙާލަތެއް ނުއުފެދެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
މުޙައްމަދު ޝިމާޙް، ސަބިޔާ ސިރާޖް
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ޙަސަން ފަލާޙް، އެޑްވޮކަސީ ޗެމްބަރސް
ބެންޗު
ފަނޑިޔާރު ޙަސަން ޝަފީޢު، ފަނޑިޔާރު މުޙައްމަދު ފައިޞަލް، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފަނޑިޔާރު ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ފަނޑިޔާރު މުޙައްމަދު ފައިޞަލް، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު

ތަޢާރުފު

1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލގް ނަންބަރު 242/VTR/2020 މައްސަލަ އިސްތިއުނާފުކުރުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބލަ ފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފރައްދުވާ ފަރާތަކީ، ހހހހހހހހހހހހހހހހހހހހހހހހހހހ އެވެ.

ކަން ހިނގާފައިވާގޮތް

2މި މައްސަލައިގައި ހިމެނޭ މުވައްޒަފަކީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އެސިސްޓަންޓް އިންވެސްޓިގޭޝަން އޮފިސަރުގެ މަޤާމުގައި 16 ނޮވެންބަރު 2016 އިން ފެށިގެން ވަޒީފާ އަދާކުރަމުންދިޔަ ފަރާތެކެވެ.

3ފޭސްބުކް ޕޭޖެއްކަމަށްވާ "އޮށްވަޅު" ކިޔާ ޕޭޖެއްގައި 9 މެއި 2020 ގައި ލީކްކޮށްފައިވާ މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް ޢަމީރުގެ ވިޔަފާރީގެ ގުޅުން ދައްކުވައިދޭ ޗާޓަކީ އެ މުވައްޒަފު ތައްޔާރު ކުރަމުން ދިޔަ ޗާޓެއްކަމަށާއި، އެންޓި- ކޮރަޕްޝަން ކޮމިޝަނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އެ މުވައްޒަފާ ގުޅޭގޮތުން ޑިސިޕްލިނަރީ މައްސަލަ ތަޙުޤީޤު ކުރުމަށްފަހު އެކުލަވާލި ރިޕޯޓަށް ރިޢާޔަތްކޮށް އެ މުވައްޒަފު ކޮށްފައިވާ ޢަމަލަކީ "އެންޓި ކޮރަޕްޝަން ކޮމިޝަންގެ އިންޓެލިޖެންސް ޔުނިޓުގެ ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުން" ގެ 6 ވަނަ މާއްދާއާއި އެންޓި- ކޮރަޕްޝަން ކޮމިޝަންގެ ޤަވާޢިދާ ޚިލާފަށް އަދި އެ ފަރާތުން ޢަމަލުކުރަންޖެހޭ ބެސްޓް ޕްރެކްޓިސްއާ ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށް ތަޙުޤީޤަށް ސާބިތުވާކަމަށް ކަނޑައަޅައި، އެ ފަރާތާމެދު ފިޔަވަޅު އެޅުމަށް ނިންމައި 5 ޖުލައި 2020 އިން ފެށިގެން އެ މުވައްޒަފުގެ ވަޒީފާ އިންޓެލިޖެންސް ޔުނިޓްއިން އިންވެސްޓިގޭޝަން ޔުނިޓަށް ބަދަލުކުރުމަށާއި، އިންޓެލިޖެންސް ޔުނިޓުގެ މުވައްޒަފެއްގެ ހައިސިއްޔަތުންނާއި، އިންޓެލިޖެންސް ޔުނިޓުގެ ހެޑެއްގެ ހައިސި އްތުނި އެ މުވައްޒަފަށް ދީފައިވާ އެކްސެސްތައް ކަނޑާލުމަށް ނިންމާފައިވެއެވެ.

4އިސްވެ ބަޔާންކުރެވުނު ފިޔަވަޅުތައް އަޅާފައިވަނީ ޤާނޫނާ ގަވާއިދާ ޚިލާފަށް ކަމަށް ބުނެ އެ މުވައްޒަފުގެ ފަރާތުން އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 242/VTR/2020 މައްސަލަ ބަލާފައިވެއެވެ.

5މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 242/VTR/2020 މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ދަޢުވާ އާއި ޓްރައިބިއުނަލްގެ ނިންމުން

6މި މައްސަލައިގައި ހިމެނޭ މުވައްޒަފު އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރުގެ މަޤާމުގައި 16 ނޮވެންބަރު 2016 އިން ފެށިގެން ވަޒީފާ އަދާކުރަމުންދަނިކޮށް، ފޭސްބުކް ޕޭޖެއް ކަމަށްވާ އޮށްވަޅު ކިޔާ ޕޭޖެއްގައި 9 މެއި 2020 ގައި ލީކްކޮށްފައިވާ މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް ޢަމީރުގެ ވިޔަފާރީގެ ގުޅުން ދައްކުވައިދޭ ޗާޓަކީ އެ މުވައްޒަފު ތައްޔާރު ކުރަމުން ދިޔަ ޗާޓެއްކަމަށާއި، އެ ކޮމިޝަނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އެ މުވައްފަޒާ ގުޅޭގޮތުން ބެލި ޑިސިޕްލިނަރީ މައްސަލަ ތަޙުޤީޤު ކުރުމަށްފަހު އެކުލަވާލި ރިޕޯޓަށް ރިޢާޔަތްކޮށް އެ މުވައްޒަފު ކޮށްފައިވާ ޢަމަލަކީ "އެންޓި ކޮރަޕްޝަން ކޮމިޝަންގެ އިންޓެލިޖެންސް ޔުނިޓުގެ ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުން" ގެ 6 ވަނަ މާއްދާއާއި އެންޓިކޮރަޕްޝަން ކޮމިޝަނުގެ ޤަވާއިދާ ޚިލާފަށް އަދި އެ ފަރާތުން ޢަމަލުކުރަންޖެހޭ ބެސްޓް ޕްރެކްޓިސްއާ ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށް ތަޙުޤީޤަށް ސާބިތުވާކަމަށް ކަނޑައަޅައި، އެ ފަރާތާމެދު ފިޔަވަޅު އެޅުމަށް ނިންމައި 5 ޖުލައި 2020 އިން ފެށިގެން އެ މުވައްޒަފުގެ ވަޒީފާ އިންޓެލިޖެންސް ޔުނިޓްއިން އިންވެސްޓިގޭޝަން ޔުނިޓަށް ބަދަލުކުރުމަށާއި، އިންޓެލިޖެންސް ޔުނިޓުގެ މުވައްޒަފެއްގެ ހައިސިއްތުންނާއި، އިންޓެލިޖެންސް ޔުނިޓުގެ ހެޑެއްގެ ހައިސއްޔަތުނި އެ މުވައްޒަފަށް ދީފައިވާ އެކްސެސްތައް ކަނޑާލުމަށް ނިންމާފައިވާތީ، އެންޓި-ކޮރަޕްޝަންގެ ފަރާތުން އެ މުވައްޒަފާމެދު އަޅާފައިވާ އިޞްލާހީ ފިޔަވަޅަކީ، ވަޒީފާއާބެހޭ ޤާނޫނާއި، އެންޓި- ކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފުންގެ ގަވާއިދާ ޚިލާފަށް އަޅާފައިވާ ފިޔަވަޅެއް ކަމުގައި ކަނޑައަޅުއްވައިދެއްވާ، މި މައްސަލައިގައި އެ މުވައްޒަފު ޢަމަލުކޮށްފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އިންޓެލް ޔުނިޓުން ޢަމަލުކުރަންޖެހޭ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ނިންމި ނިންމުމަކީ ބާޠިލް ނިންމުމެއްކަމަށް ކަނޑައަޅައިދިނުމަށް އެދި އެ މުވައްޒަފުގެ ފަރާތުން އެންޓި- ކޮރަޕްޝަން ކޮމިޝަނަށް ރައްދުވާގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވެއެވެ.

7އެ މުވައްޒަފާމެދު އަޅާފައިވާ އިޞްލާހީ ފިޔަވަޅަކީ އެކަށީގެންވާ ހަމައަކުން އަޅާފައިވާ ފިޔަވަޅެއްކަމުގައި ބުރަނުވެވޭހިނދު، އެ ފިޔަވަޅަކީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އާއި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ގަވާއިދާ ޚިލާފަށް އަޅާފައިވާ ފިޔަވަޅެއްކަމަށް ކަނޑައަޅައި، އެ މުވައްޒަފު ކޮށްފައިވާ ޢަމަލަކީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އިންޓެލިޖެންސް އޮފިސަރުން ޢަމަލުކުރަންޖެހޭ އުޞޫލުތަކާ ޚިލާފަށް ކޮށްފައިވާ ޢަމަލެއްކަމަށް ބުނެ 5 ޖުލައި 2020 ގައި އެ މުވައްޒަފު އަދާކުރަމުންދިޔަ ޔުނިޓް ބަދަލުކޮށް އެންޓި- ކޮރަޕްޝަން ކޮމިޝަންގެ ގަވާއިދުގެ 44 ވަނަ މާއްދާގެ (ށ) ގެ 5 ވަނަ ނަންބަރުގެ ދަށުން އެ ފަރާތާމެދު އަޅާފައިވާ އިޞްލާޙީ ފިޔަވަޅަކީ ބާޠިލް ފިޔަވަޅެއްކަމުގައި ކަނޑައަޅައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ގެންގުޅޭ އިސްވެބަޔާންކުރުވުނު އިޞްލާޙީ ފިޔަވަޅާ ގުޅޭ އެންމެހާ ލިޔުންތައް އެ މުވައްޒަފުގެ ޕާސަނަލް ރެކޯޑުން އުނިކުރުމަށްފަހު، 30 ޖޫން 2020 އިން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ފުރިހަމައަށް ތަންފީޛުކުރުމަށްފަހު، އެކަން ހަމަޖެހޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މއްޗަށަ އަންގައި އަމުރުކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 242/VTR/2020 މައްސަލައިގައި ނިންމާފައިވެއެވެ.

އިސްތިއުނާފަށް ހުށަހެޅުނު ނުކުތާތައް

8އިސްތިއުނާފުކުރާ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެ ނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތުކޮށްފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:

1.8 އެ މުވައްޒަފާ މެދު އިޞްލާހީ ފިޔަވަޅު އަޅާފައިވަނީ އެކަށީގެންވާ ހަމައަކުންކަމަށް ބުރަ ނުވެވޭކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ، ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ރިޢާޔަތްކުރުމަކާ ނުލައި، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ

(ށ) ގެ 1 ވަނަ ނަންބަރާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އަދި

2.8 ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ނ) ގައި، ވަޒީފާދޭ ފަރާތުން ވަކި މުވައްޒަފަކާމެދު އަޅާފައިވާ އަޚްލާޤީ ފިޔަވަޅަކީ އެކަށީގެންވާ ފިޔަވަޅެއްތޯ ބެލުމަށްޓަކައި، މަސައްކަތުގެ އަޚްލާޤީ މިންގަނޑަށް އެ މުވައްޒަފަކު ތަބާނުވި މިންވަރާއި، އެ މުވައްޒަފެއްގެ ވާޖިބުތަކާއި، ވަޒީފާދޭ ފަރާތުން އެޅި ފިޔަވަޅާއި، އެ ފިޔަވަޅު އެޅުމުގައި ޢަމަލުކުރިގޮތާއި، އެ މުވައްޒަފަކު އަޚްލާޤީ މިންގަނޑާ ޚިލާފުވުމުން ލިބުނު ގެއްލުމާއި، އެ މުވައްޒަފަކު މަސައްކަތުގެ އަޚްލާޤު ކުރިން ބަހައްޓަމުން އައިސްފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކުރަންވާނެކަމުގައި ބަޔާންކޮށްފައިވާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި މި ކަންކަމަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންކަމުގެ ޚުލާސާ އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅޭ

9އެންޓި -ކޮރަޕްޝަން ކޮމިޝަނުން އެ މުވައްޒަފަށް ފިޔަވަޅު އެޅުމަށް މެދުވެރިވި އެއް ސަބަބެއްކަމުގައި ފިޔަވަޅު އެޅިކަން އަންގާ ލިޔުމުގައި އެ މުވައްޒަފާ ކޮމިޝަނާދެމެދު 2017 އޮކްޓޯބަރު 30 ވަނަ ދުވަހު ސޮއިކޮށްފައިވާ "އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އިންޓެލިޖެންސް ޔުނިޓުގެ ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުން" ގެ 6 ވަނަ މާއްދާއާ ޚިލާފުވީކަމަށް ބަޔާންކޮށްފައިވާނެ ކަމަށާއި، ނަމަވެސް، ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި ރިޢާޔަތްކޮށްފައިވަނީ 2020 މާރިޗު 18 ވަނަ ދުވަހު އެ މުވައްޒަފާ ދެމެދު ސޮއިކުރެވުނު ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުމުގެ 6 ވަނަ މާއްދާއަށް ކަމަށް އެނާޓ- ކޮރަޕްޝަން ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ. އެގޮތުން މި އެއްބަސްވުމަކީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުން "ވޯކް ފްރޮމް ހޯމް" ހެދުމަށް ނިންމުމާ ގުޅިގެން ކޮމިޝަނުންވެސް ކޮމިޝަނުގެ މުވައްޒަފުންނަށް އެ ފުރުޞަތު ދިނުމަށާ އަދި ގޭގައި ކޮމިޝަނުގެ ސަރވާ އަދި ކޮމިޝަނުގެ ލިޔެކިޔުންތަކަށް އެކްސެސްވުމުގައި، އެ ތަކެއްޗަށް ރައްކާތެރިވުމަށާއި ގޭގައި އުޅޭ ފަރާތްތަކަށް އެ ތަކެއްޗަށް އެކްސެސްނުވެވޭނެކަން ކަށaވަރު ކުރުމަށްޓަކައި "ނޮންޑިސްކްލޯޒަރ އެގްރީމަންޓް" އެއްގައި ސޮއިކުރުވުމަށްޓަކައި ކޮމިޝަނުގެ ހުރިހާ މުވައްޒަފުންނާއެކު އެ ދުވަސްވަރު ސޮއިކޮށްފައިވާ ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުމެއްކަމަށް ފާހަގަކޮށް، ކޮމިޝަނުން ފިޔަވަޅު އެޅުމުގައި ހަވާލާދިން އެއްބަސްވުން ނޫން އެހެން އެއްބަސްވުމަކަށް ރިޢާޔަތްކޮށް ޓްރައިބިއުނަލުން ނިންމާފައި ނިންމުމަކީ، މައްސަލައިގައި ހިމެނޭ އެންމެ އަސާސީ ހެއްކާއި ޤަރީނާއަށް ރިޢާޔަތްނުކޮށް ނިންމާފައިވާ ނިންމުމެއް ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

10ސިއްރު މަޢުލޫމާތަކީ ކޮބައިކަން "އެންޓި- ކޮރަޕްޝަން ކޮމިޝަނުގެ އިންޓެލިޖެންސް ޔުނިޓުގެ ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުން" ގެ 02 ވަނަ މާއްދާގެ ނައްސަށް ނަޒަރުކުރުމުން އެނގެން އޮންނަކަމަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ގަވާއިދުގެ 82 ވަނަ މާއްދާގެ (ނ) ގައި، "ކޮމިޝަންގެ މަސައްކަތްތަކާ ގުޅޭގޮތުން މުވައްޒަފުންނަށް ލިބޭ މަޢުލޫމާތުތަކަކީ ކޮމިޝަންގެ ސިއްރުތަކެކެވެ. މިގޮތަށް ލިބޭ މަޢުލޫމާތުތަކަށް ރައްކާތެރިވެ ސިއްރު ހިފަހައްޓަންވާނެއެވެ." މިފަދައިން ބަޔާންކޮށްފައިވާކަމާއި، އެ ގަވާއިދުގެ 83 ވަނަ މާއްދާގެ (ހ) ގައި މުވައްޒަފަކު ވަޒީފާގެ ސަބަބުން ނުވަތަ މަޤާމުގެ ސަބަބުން ލިބޭ އެންމެހައި މަޢުލުމާތާއި ލިޔެކިޔުންތަކުގެ ސިއްރު ހިފެހައްޓަންޖެހޭނެ ކަމަށާއި، އެފަދަ މަޢުލޫމާތަކީ ކޮމިޝަންގެ މިލްކިއްޔާތެއްކަމަށް ބަޔާންކޮށްފައިވާކަމަށާއި، މި މާއްދާތަކުން ނަގަންވާނީ މާއްދާތަކުން ދޭހަވާ ސާދާ މާނަކަމަށާއި، އެ މާނައަކީ، ކޮމިޝަންގެ މަސައްކަތާ ގުޅޭގޮތުން ލިބޭ އެންމެހައި މަޢުލޫމާތަކީ ސިއްރު މަޢުލޫމާތު ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.

11ކޮމިޝަންގެ އިންޓެލިޖްންސް ޔުނިޓުން ޢަމަލުކުރަމުންއައި ސްޓޭންޑާޑް އޮޕަރޭޓިންގ ޕްރޮސީޖަރގައި، އިންފޯމަންޓެއް މެދުވެރިކޮށް މަޢުލޫމާތު ހޯދުމާއި ހިއްސާކުރުމުގައި ޢަމަލުކުރާނެ ވަކގޮތެއި ކަނޑައެޅިފައިނުވާކަމަށާއި، އެފަދަ ޙާލަތުގައި ޢަމަލުކުރާނެ ގޮތް ލިޔުމަށްތިރިކޮށް އިންޓެލްގެ މުވައްޒަފުންނަށް އެ އިޖުރާޢަތުތައް އަންގާފައިނުވާއިރު، އިންފޯމަންޓަށް ޗާޓެއް ހިއްސާކުރާއިރު ސެކިއުރިޓީ ފިޔަވަޅުތައް އަޅަންޖެހޭކަމަށާއި ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ޢަމަލުކރަންޖެހޭނެކަމަށާއި، ކޮމިޝަންގެ އިސްވެރިންގެ އިޒްނަ ހޯދަންޖެހޭނެކަމު ގައި ކޮމިޝަނުން ކަނޑައަޅާފައިވަނީ، ޢަދުލުވެރިކޮށް ނޫންކަމުގައި މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ 8.7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާއިރު، ކޮމިޝަނުން އެކިއެކި ކަންކަމުގައި ޢަމަލުކުރާނެ އެންމެހާ ގޮތްގޮތް ލިޔުމަށްތިރިކުރެވިފައި ހުރުމަކީ މުސްތަހީލު ކަމެއް ކަމުގައި ކޮމިޝަނުން ދެކޭ ކަމަށާއި، އާންމު އުސޫލަކުންވެސް ކޮމިޝަނުން ޢަމަލުކުރަމުން އަންނަ ޤާނޫނެއް ނުވަތަ ގަވާއިދެއް ނުވަތަ އުޞޫލެއްގައި ބަޔާންކޮށްފައި ނުވާ ޙާލަތުގައި ކޮމިޝަނުގައި މެންބަރުންގެ ލަފަޔާ އެއްގޮތަށް ޢަމަލުކުރުންކަމަށާއި، މިފަދައިން ޢަމަލުކުރާކަން އިސްތިއުނާފު ރައްދުވާ ފަރާތަށްވެސް އެނގޭނެކަމަށް އެންޓި- ކޮރަޕްޝަން ކޮމިޝަނުން ބަޔާންކޮށްފައިވެއެވެ.

އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅޭ

12މުވައްޒަފަކާމެދު އިޞްލާހީ ފިޔަވަޅު އެޅޭނެ ޙާލަތްތައް ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، މުވައްޒަފުން ތަބާވާންޖެހޭ މަސައްކަތުގެ އަޚްލާޤީ މިންގަނޑުތަކަށް ތަބާނުވާނަމަ، އެ މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެ މުވައްޒަފަކާމެދު އަޅަން ފެންނަ އެކަށީގެންވާ އިޞްލާހީ ފިޔަވަޅު އެޅުމުގެ ބާރު ވަޒީފާ ދޭ ފަރާތަށް ލިބިދީފައިވާކަން އެ ޤާނޫނުގެ 19 ވަނަ މާއްދާގެ (ހ) ގެ ނައްސަށް ބެލުމުން އެނގެން އޮންނައިރު، މުވައްޒަފަކު ތަބާވާންޖެހޭ މަސައްކަތުގެ އަޚްލާޤީ މިންގަނޑުތަކަށް ތަބާނުވާނަމަ، އެ މުވައްޒަފަކާ މެދު އަޅަންފެންނަ އެކަށީގެންވާ އިޞްލާހީ ފިޔަވަޅެއް އެޅޭނެ ޙާލަތްތައް ސިވިލް ކޯޓުން ބަލާފައިވާ އަޙްމަދު ނާފިޢު ވ. މޯލްޑިވްސް ޕޮލިސް ސަރވިސް ޤަޟިއްޔާއިން އިސްތިއުޤުރާރުކޮށްފައިވާކަމަށާއި، އެއްވެސް މުވައްޒަފަކމެދާ ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ފިޔަވަޅެއް އެޅުމުގައި ސާބިތުކޮށްދޭންޖެހޭނީ މައުޟޫޢީ ޢަދުލުވެރިކަމާއި އ ޖުރާއި ޢަދުލުވެރިކަން ޤާއިމުކޮށްފައިވުންކަމަށް ބުނެ އެކަން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރިއެވެ. އަދި އިސްލާހީ ފިޔަވަ ޅުއަޅާ މައްސަލަތަކުގައި މައުޟޫއީ ޢަދުލުވެރިކަން ސާބިތުކުރުމަށް ސިވިލް ކޯޓުން ރިޢާޔަތްކޮށްފައިވަނީ 02 ކަމެއްގެ މައްޗަށްކަމށަ ބުނެ އެކަންކަން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަފްސީލީގޮތެއްގައި ފާހަގަކޮށްފައިވެއެވެ.

13ވަޒީފާދޭ ފަރާތުން ވަކި މުވައްޒަފަކާމެދު އަޅާފައިވާ އަޚްލާޤީ ފިޔަވަޅަކީ އެކަށީގެންވާ ފިޔަވަޅެއްތޯ ބެލުމުގައި އެ މުވައްޒަފަކު އަޚްލާޤީ މިންގަނޑާ ޚިލާފުވުމުން ލިބުނު ގެއްލުމަށް ރިޢާޔަތްކުރަންވާނެކަމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާއިރު، އެ މުވައްޒަފު ކުރި ޢަމަލަކީ ސީރިއަސްކަން ބޮޑު ޢަމަލެއް ކަމަށާއި، އެކަމުގެ ސަބަބުން ކޮމިޝަނަށް ޢާންމުގެ މެދުގައި އޮންނަ އިތުބާރަށް އޭގެން ނޭދެވޭ އަސަރުކުރުމުގެ ފުރުޞަތު ހުޅިވިގެން ދިޔަކަމާއި އެކަމާގުޅޭ ވާހަކަތައް ރާއްޖޭގައި ހިންގާ މަޝްހރު އޮންލައިން ނޫސްތަކުގައި ޝާއި އުކުރުމުގެ ސަބަބުން ގިނަ ފަރާތްތަކަކަށް އެކަމުގެ މަޢުލޫމާތު ލިބިގެން ދިއުމުގެ އިތުރަށް ދާއިމަށް އޮންލައިން ނޫސްތަކުން އެ ޚަބަރުތައް ފެންނަން ހުރުމުން، ކޮމިޝަނަށް، މަޢުލޫމާތު ދިނުމަށް ޢާންމުން ފަސްޖެހި، ކޮމިޝާނުގެ އިންޓެލިޖެންސް ޔުނިޓާއި މޅު ކޮމިޝަނުން ޢާންމުންނާއި ކަމބެހާ އިދާރާތަކުގެ މުވައްޒަފުންގެ މެދުގައި ސުވާލު އުފެދިގެންދާނެކަމުގައި ސާބިތުކޮށްދިނުމަށްޓަކައި ހެއްކާއި އެކު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ނަމަވެސް، އެއިން އެއްވެސް ކަމަކަށް ރިޢާޔަތްކުރުމެއްނެތި އެ މުވައްޒަފަށް އަޅާފައިވާ ފިޔަވަޅަކީ އެކަށީގެންވާ ހަމައަކުން އަޅާފައިވާ ފިޔަވަޅެއްކަމަށް ބުރަނުވެވޭކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ ޢަދުލު އިންސާފުގެ ބޭރު ންކަމުގައި ކޮމިޝަނުން ދެކޭކަމަށް ބަޔާންކޮށްފައިވެއެވެ.

އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް

14ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 242/VTR/2020 މައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން ނޫންކަމަށާއި، އަދި ކޮމިޝަނުގެ ފަރާތުން އެ މުވައްޒަފަށް އަޅާފައިވާ އިދާރީ ފިޔަވަޅަކީ ޤާނޫނީ ހަމަތަކުގެ މަތީން އަޅާފައިވާ ފިޔަވަޅެއްކަމުގައި ކަނޑައަޅައިދިނުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެދިފައިވެއެވެ. އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރި ކަންކަމުގެ ޚުލާސާ އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅޭ

15އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ބޭނުމަށް ބަލަންޖެހެނީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެންޓި- ކޮރަޕްޝަން ކޮމިޝަނުން ހުށަހެޅި އެއްވެސް ހެއްކަކަށް ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައި ނުވޭތޯ ކަމަށާއި، މި ނުކުތާއަކީ އެއްވެސް ގޮތަކުން ހެއްކަށް ބުރަދަން ދިނުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ޢަމަލުކޮށްފައިވާ ގޮތް ވަކި ޤާނޫނީ އުޞޫލަތަކާ ޚިލާފުވެފައިވާކަމަށް ބެލެވިގެން ހުށަހަޅާފައިވާ ނުކުތާއެއް ނޫންކަމަށްވާތީ، މި ނުކުތާގެ ޖަވާބުގައި ހެއްކަށް ބުރަދަން ދިނުމާ ގުޅޭގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ކަންކަމަށް ރައްދު ދީފައިނުވާނެކަމަށް އެ މުވައްޒަފުގެ ފަރާތުން ފާހަގަކޮށް، ރިޢާޔަތްނުކުރާކަމަށް ބުނާ ހެއްކަށްވެސް ރިޢާޔަތްކޮށްފައިވާކަމަށް އެ މުވައްޒަފުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

16ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އަކީ ފަނޑިޔާރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަނޑިޔާރުން ރިޢާޔަތްކުރަންޖެހޭ ކަންކަން ބަޔާންކޮށްފައިވާ މާއްދާއެއްކަމަށާއި، އެ މާއްދާގެ 1 ވަނަ ނަންބަރުގައި ރިޢާޔަތްކުރަންޖެހޭ ކަންކަމުގެ ތެރޭގައި ބަޔާންކޮށްފައިވަނީ، ހުށަހެޅިފައިވާ ހެއްކާއި ޤަރީނާ ކަމަށާއި، ޓްރައިބިއުނަލުން މައްސަލައިގެ ތެރެއިން ހުށަހަޅާފައިވާ އެންމެހައި ހެއްކާއި ޤަރީނާއަށް ރިޢާޔަތްކޮށްފައިވާކަމަށް އެ މުވައްޒަފުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

17ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާ ފަދައިން، ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް ހަމައެކަނި ބުނާ ބުނުމުގެ ނުވަތަ ރިޢާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާބުނުމުގެ ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާ ބުނުމަށްވުރެ ނުވަތަ ޙައްޤުތައް ގެއްލިފައިވާ ކަމަށް ބުނާބުނުމުގެ ނުވަތަ އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ބުނާ ބުނުމުގެ އިތުރުކަމެއް އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭފަރާތުން ސާފުކޮށްދޭންވާނެ ކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޖުޑީޝަލް ސަރވިސް ކޮމިޝަން ވ. މުޙައްމަދު މާލިކު ޤަޟިއްޔާގައިވެސް އިސްތިއުނާފު ކުރުމުގެ އޮޅިގަނޑު ގިރާކުރެވޭނީ މައްސަލައެއްގައި އޮތް ޤާނޫނީ ބަހުސްގެ މައްޗަށް ބިނާކޮށްކމާއަ އިސްތިއުނާފުކުރެވޭ މައްސަލައެއްގައި އޮތް ޤާނޫނީ ނުކުތާ ތަފްޞީލްތަކާއެކު ހުށަހަޅައި އެ ނުކުތާތައް ސާފުކޮށްދިނުމަކީ އެންޓި- ކޮރަޕްޝަން ކޮމިޝަންގެ ޒިންމާއެއްކަމަށް ބަޔާންކޮށް، ފުރަތަމަ އިސްތިއުނާފީ ނުކުތާއަކީ ހައިކޯޓުން ގޮތް ކަނޑައަޅަންޖެހޭ ނުކުތާއެއް ކަމަށް ނުދެކޭ ކަމަށް އެ މުވައްޒަފުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅޭ

18ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާއަށް ބެލުމުން އެނގެނީ މުވައްޒަފަކު ތަބާވާންޖެހޭ އަޚްލާޤީ މިންގަނޑުތަކަށް ތަބާނުވެފައިވާކަން ފުރަތަމަ ކަމަކަށް ސާބިތުވާންޖެހޭނެކަމާއި އަދި އެކަން ސާބިތުވުމަށްފަހުގައި، އެ މުވައްޒަފަކު ކުޅަ ޢަމަލެއްގެ ޒާތާއި ބާވަތުން ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުން ކުރެ ފިޔަވަޅުތަކެއް އެޅިދާނެކަމށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމިއިރު މައްސަލައިގައި މުވައްޒަފުން ތަބާވާންޖެހޭ އަޚްލާޤީ މިންގަނޑަށް ތަބާވެފައިނުވާކަން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ސާބިތުކޮށްދެވިފައިނުވާކަމަށް ކަނޑައަޅާފައިވާތީ، މިއީ، ޓްރައިބިއުނަލްގެ ނިންމުމަށް އަސަރުކުރާފަދަ ނުކުތާއެއް ނޫންކަމަށް ފާހަގަކޮށްފައިވެއެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް

19ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 242/VTR/2020 މައްސަލައިގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައިދިނުމަށް އިސްތިއުނާފުރައްދުވާ ފަރާތުން އެދިފައިވެއެވެ. އިސްތިއުނާފާ ގުޅިގެން ފާހަގަކުރެވޭ ކަންކަން ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނ) ގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށް ބުނާ ބުނުން

20މި ނުކުތާގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ފާހަގަކޮށްފައިވަނީ، އެ މުވައްޒަފމެދާ ފިޔަވަޅު އަޅާފައިވަނީ އެކަށީގެންވާ ހަމައަކުންކަމަށް ބުރަ ނުވެވޭކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ، ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ރިޢާޔަތްކުރުމަކާނުލައި، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއް ދާގެ (ށ) އާ ޚިލާފަށްކަމަށެވެ.

21ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގައި ވަނީ: "(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ފަނޑިޔާރުކަމުގެ މަސްޢޫލިއްޔަތު އަދާކުރުމުގައި އަންނަނިވި ކަންކަމަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެއެވެ. (1) މައްސަލާގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާ (2) މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމް ނުވަތަ އެ ކޯޓަށްވުރެ މަތީ ކޯޓަކުން ކޮށްފައިވާ ޙުކުމް (3) ވަކި ފަރާތަކަށް ނުޖެހުމާއި ވަކި ފަރާތެއްގެ ނުފޫޒަށް ނުލެނބުމާއި، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވުމާއި ތަޢައްޞުބުން އެއްކިބާވުން." މިފަދައިންނެވެ.

22HN1HN2ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 1 ވަނަ މާއްދާގެ (ށ) އިން އެ ޤާނޫނަކީ ފަނޑިޔާރުންގެ މަސްއޫލިއްޔަތުތަކާއި، ފަނޑިޔާރުންގެ ހުންނަންވާނެ ޝަރުޠުތަކާއި، ފަނޑިޔާރުންގެ ބާރުތަކާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާއި، ވަޒީފާއާބެހޭ އާންމު އުސޫލުތަކާއި، މުސާރައާއި އިނާޔަތާގުޅޭ އުސޫލުތައް ބަޔާންކޮށްފައިވާ ޤާނޫނުކަން އެނގެއެވެ. ހަމައެހެންމެ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 3 ވަނަ މާއްދާގައި ފަނޑިޔާރުންގެ މާނަ ބަޔާންކޮށްފައިވާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުން އޭގެ ތެރޭގައި ހިމަނާފައިނުވެއެވެ. އެހެންކަމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާ ޚިލާފުވެފައިވާކަމަށް ބުނެ އިސްތިއުނާފީ ނުކުތާއެއް ހުށަހެޅިދާނެ ކަމަކަށް އަހުރެން ނުދެކެމެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ މުޙަންމަދު ޙަސަން ވ. ސިވިލް ސަރވިސް ކޮމިޝަން ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާ ގޮތަށް، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ހެއްކާއި ޤަރީނާ ނުބަލާ އޮތްކަމަށް ޤަބޫލު ކުރެވޭނަމަ، އެކަން އެހެން ބަޔާންކުރެވިދާނެކަމާއި، އެފަދަ ނުކުތާއެއް ހުށަހެޅުމުގައި ހަމަކޮންމެހެން 2019/HC-A/243 ޤާނޫނަކަށް ޙަވާލާދޭން އދޭނަމަވެސް، ކަމާއިގުޅުންނެތް ބައެއްގެ ވާހަކަ ބަޔާންކުރާ ޤާނޫނީ ނައްޞަކަށް ހަވާލާދިނުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް އަހުރެންނަށްވެސް ގަބޫލުކުރެވެއެވެ.

23HN3އެހެންކަމުން، އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭ ނުކުތާއެއް ނޫންކމަށަ އަހުރެންނަށް ބުރަވެވޭތީ، މިއީ ހައިކޯޓުން ބަލައި ގޮތް ކަނޑައަޅަންޖެހޭ ނުކުތާއެއް ކަމަށް ނުދެކެމެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި، ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ނ) ގައިވާ ކަންކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާ ބުނުން

24ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ: "(ނ) ވަޒީފާދޭ ފަރާތުން ވަކި މުވައްޒަފަކާމެދު އަޅާފައިވާ އަޚްލާޤީ ފިޔަވަޅަކީ އެކަށީގެންވާ ފިޔަވަޅެއްތޯ ބެލުމަށްޓަކައި، މަސައްކަތުގެ އަޚްލާޤީ މިންގަނޑަށް ތަބާނުވި މިންވަރާއި، އެ މުވައްޒަފެއްގެ ވާޖިބުތަކާއި، ވަޒީފާދޭ ފަރާތުން އެޅިފިޔަވަޅާއި، އެފިޔަވަޅު އެޅުމުގައި އަމަލުކުރިގޮތާއި، އެ މުވައްޒަފަކު އަޚްލާޤީ މިންގަނޑާ ހިލާފުވުމުން ލިބުނު ގެއްލުމާއި، އެ މުވައްޒަފަކު މަސައްކަތުގެ އަޙްލާޤު ކުރިން ބަހައްޓަމުން އައިސްފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކުރާންވާނެއެވެ." މިފަދައިންނެވެ.

25HN4ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާއަކީ، މުވައްޒަފާމެދު އިސްލާހީ ފިޔަވަޅު އެޅުމާގުޅޭ މާއްދާއެވެ. އެ މާއްދާގެ (ހ) ގައި މުވައްޒަފުން ތަބާވާންޖެހޭ މަސައްކަތުގެ އަޚްލާޤީ މިންގަނޑަށް ތަބާނުވާނަމަ އެ މާއްދާގައި ބަޔާންކުރާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅުމުގެ ބާރު ވަޒީފާދޭ ފަރާތަށް އޮންނަކަމާއި، އެގޮތުން އެޅިދާނެ ފިޔަވަޅުތައް އެ މާއްދާގެ (ށ) ގައިބަޔާންކޮށްފައިވެއެވެ. ވަޒީފާއާބެހޭ ޤަނޫނުގެ 19 ވަނަ މާއްދާގެ

(ނ) އަކީ އިސްވެ ބަޔާންކުރެވުނު މާއްދާގައިވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އަޅާފައިވަނީ އެކަށީގެނވް ގޮތުގައިތޯ ބެލުމަށޓަކައް ރިޢާޔަތްކުރަންވީ ކަންތައްތައް ބަޔާންކުރާ މާއްދާއެކެވެ.

26HN5އިސްތިއުނާފުކޮށްފައިމިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައް ސަލައިގައި، އެ މުވައްޒަފު ކޮށްފައިވާ ޢަމަލަކީ ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ ޚިލާފު ޢަމަލެއްކަން އެންޓި-ކޮރަޕްޝަން ކޮމިޝަންއަށް ސާބިތުކޮށްދެއްވިފައިނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 242/VTR/2020 މައްސަލައިގެ 8.8 ގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، މި ހާލަތުގައި، ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ނ) އަށް އެ ޓްރައިބިއުނަލުން ރިޢާޔަތްކުރަންޖެހޭފަދަ ހާލަތެއް އެހިނދު ނެތްކަން އެނގެއެވެ.

27އެހެންކަމުން،ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި މައްސަލަ ނިންމުމުގައި ވަޒީފާއާބެހޭ ޤަނޫނުގެ 19 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށްފައި ނެތް ނެތުން ގޯސްވާ ޤާނޫނީ އެއްވެސް ހަމައެއް އިސްތިއުނާފުކުރި ފަރާތަށް ބުނެދެވިފައިނުވާއިރު، އަދި ހުށަހެޅިފައިވާ ގޮތަށް އިސްތިއުނާފީ ފުރަތަމަ ނުކުތާ ކުރިއަށް ގެންދެވޭނެ ހަމައެއް ނެތްކަމަށް ކަނޑައެޅިފައިވުމުން، މި ނުކުތާއަކީ މިހާރު މި ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ނުކުތާއެއެ ކަމަށް ނުދެކެމެވެ.

ނިންމަން ފެންނަގޮތް

28އިސްވެ ފާހަގަކުރެވުނު ކަންކަމަށް ބަލައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހުށަހަޅާފައިވާ ނުކުތާތަކަށް ރިޢާޔަތްކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 242/VTR/2020 މައްސަލައިގެ ނިންމުމަށް ބަދަލެއަ ގެންނަންޖެހޭފަދަ ސަބަބެއް ނެތް ކަމަށް ނިންމަން ފެނެއެވެ.

ފަނޑިޔާރު މުޙައްމަދު ފައިޞަލގް ރަޢުޔު

29އަހުރެން ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ.

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރަޢުޔު

30އަހުރެން ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

31މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މި މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ އެ ރިޕޯޓު ޚަޞްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޚުލާޞާ ރިޕޯޓަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ) 2022tHC-A.1333 l1 :2 Pa .t 2).,'Y 2 Y.1 t-32:n.a.z t.P.,<r 2,2-J 5 E u,a.,

2. 4o :/ ', ,r' ,'"e 3 2 1e._t 1lI 33161T1 tLt; ,332502s :it,;:;.;.,,;3 ,rl-- i-:J1 ,89.t :5:i-;2 wrvrv.highcoultgov.rnv :f-i-JJ info(q)highcourt.gov.mr, :j-!-

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ)
  • ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 1 ވަނަ މާއްދާގެ (ށ)
  • ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 3 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ)
  • 2019/HC-A/243 (މުޙައްމަދު ޙަސަން ވ. ސިވިލް ސަރވިސް ކޮމިޝަން)
  • ސުޕްރީމް ކޯޓު: އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
  • ސުޕްރީމް ކޯޓު: ޖުޑީޝަލް ސަރވިސް ކޮމިޝަން ވ. މުޙައްމަދު މާލިކު
  • ސިވިލް ކޯޓު: އަޙްމަދު ނާފިޢު ވ. މޯލްޑިވްސް ޕޮލިސް ސަރވިސް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ