ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2023/HC-A/113

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢާޞިފް މުޙައްމަދު

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ހައިކޯޓު · 2 ޖުލައި 2025ދަށު ކޯޓު: ކްރިމިނަލް ކޯޓު (727/Cr-C/2017)ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ކްރިމިނަލް ކޯޓު (727/Cr-C/2017)
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކްރިމިނަލް ކޯޓުގެ 727/Cr-C/2017 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅުމުން، ހައިކޯޓުގެ 2023/HC-A/113 ޤަޟިއްޔާއިން މައްސަލަ ބަލަމުން ދިޔައެވެ. މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީކުރެވުނީ 28 މާރިޗު 2023 ގައެވެ.
ވާޤިޢާ
މިއީ ދައުލަތުން ކުރި ޖިނާއީ ދަޢުވާއެއްގެ ދަށުކޯޓުގެ ނިންމުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރި އިސްތިއުނާފެކެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްތިއުނާފު ކުރިއަށް ނުގެންދިއުމަށް ނިންމައި ދަޢުވާ ފޯމު ބާޠިލުކޮށްދިނުމަށް އެދުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުގެ ދަޢުވާ ފޯމު ބާޠިލުކުރަންވީތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން 29 ޖޫން 2025 ގައި ހައިކޯޓަށް ފޮނުވި ސިޓީގައި، ހާދިސާ ހިނގިފަހުން 8 އަހަރު ފާއިތުވެފައިވާތީއާއި، އިސްތިއުނާފު ރައްދުވާ ފަރާތުން ޑްރަގް ކޯޓުގެ ފަރުވާ ފުރިހަމަކޮށްފައިވާތީއާއި، ހައިކޯޓުން ޖަވާބު ބޭނުންވާ ޚާއްޞަ ޤާނޫނީ ސުވާލެއް މައްސަލައިގައި ނެތުމުން، އިސްތިއުނާފު ކުރިއަށް ނުގެންދިއުމަށް ނިންމި ކަމަށް ބުނެ، ދަޢުވާ ފޯމު ބާޠިލުކޮށްދިނުމަށް އެދުނެވެ.
ކޯޓުގެ ސަބަބުތައް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކޯޓަށް ފޮނުވި ސިޓީއަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދު (2011) ގެ 35 ވަނަ މާއްދާގެ (ހ) އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދު (2011) ގެ 35 ވަނަ މާއްދާގެ (ނ) ގެ ދަށުން، މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން އިސްތިއުނާފުގެ ދަޢުވާ ފޯމު ބާޠިލުކުރިއެވެ. މައްސަލައިގެ ޤާނޫނީ ނުކުތާއަކާމެދު ހައިކޯޓުން ގޮތެއް ނިންމާފައެއް ނުވެއެވެ.

ނިންމުން

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ

އިސްތިއުނާފުގެ ދަޢުވާ ފޯމު ބާޠިލު (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
—
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ހައިކޯޓު މާލެ، ދިވެހިރާއްޖެ ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު ހައިކޯޓުގެ ޤަޝިއްޔާ ނަންބަރު: 2023/HC-A/113 މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމު މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 28 މާރިޗު 2023 * ބާޠިލުކުރި ތާރީޚް: 2 ޖުލައި 2025

4އިސްތިއުނާފް ކުރި ފަރާތް: * ފުރިހަމަ ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް * ރަޖިސްޓްރީ ނަންބަރު: -

5އިސްތިއުނާފް ރައްދުވި ފަރާތް: * ފުރިހަމަ ނަން: ޢާޞިފް މުޙައްމަދު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A334517 * ޢާއްމު ނަން: ޢާޞިފް * މިހާރުގެ އެޑްރެސް: ހ. ވެލާނާގެ / ކ. މާލެ * ދާއިމީ އެޑްރެސް: ހ. ވެލާނާގެ / ކ. މާލެ * ދާއިމީ އެޑްރެސް: މއ.ސީރިޔަޒުގެ / ކ. މާލެ

6ހުށަހެޅިފައިވާ މައްސަލަ: ކްރިމިނަލް ކޯޓުގެ ނަންބަރު 727/Cr-C/2017 ޤަޝިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކ.މާލެ / މއ.ސީރިޔަޒުގެ، ޢާޞިފް މުޙައްމަދުގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލަ.

7ހައިކޯޓުން ނިންމި ގޮތް: ކްރިމިނަލް ކޯޓުގެ ނަންބަރު 727/Cr-C/2017 ޤަޝިއްޔާ އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅުމުން މިކޯޓުގެ ނަންބަރު 2023/HC-A/113 ޤަޝިއްޔާއިން ބަލަމުންދާ މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މުރާޖަޢާކުރިއިރު، މި މައްސަލައިގެ ހާދިސާ ހިނގައިދިޔަ ފަހުން 08 (އަށެއް) އަހަރު ފާއިތުވެގެން ގޮސްފައިވާތީއާއި، މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޖަވާބު ބޭނުންވާ ޚާއްޞަ ޤާނޫނީ ސުވާލެއް ނެތުމުންނާއި، މިމައްސަލަ އޮސްބަންފަކޮށްރި ފަހުން އިސްތިއުނާފު ރައްދުވާ ފަރާތުން ޑްރަގް ކޯޓުގެ ފަރުވާ ފުރިހަމަކޮށްފައިވާތީއާއި، މައްސަލައިގައި ދިވެހި ރާއްޖޭގެ ހައިކޯޓުން ޖަވާބު ބޭނުންވާ ޚާއްސަ ޤާނޫނީ ސުވާލެއް ނެތުމުން، މި މައްސަލަ އިތުރަށް ކުރިއަށް ނުގެންދިޔުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައިވާތީ ކަމަށް ބަޔާންކޮށް، އިސްތިއުނާފު ފޯމު ބާޠިލްކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 196-A/95/2025/200 (29 ގޫން 2025) ސިޓީއިން މިކޯޓަށް އަންގާފައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ހ) އަދި (ނ) އާ ޙަވާލާދީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/113 ޤަޝިއްޔާގެ ދަޢުވާ ފޯމު، މި ޤަޝިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.

8މައްސަލަ ނިންމި ފަނޑިޔާރުން:

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދު (2011) ގެ 35 ވަނަ މާއްދާގެ (ހ)
  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދު (2011) ގެ 35 ވަނަ މާއްދާގެ (ނ)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ