ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2023/HC-A/131

އައި އެންޑް ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ބަލަމުންޙުކުމުގެ ހާލަތު
ހައިކޯޓު · 21 ޖުލައި 2024ދަށު ކޯޓު: ޓެކްސް އެޕީލް ޓްރައިބިއުނަލް TAT-CA-B/2020/003ބާވަތް: ޓެކްސް

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ޓެކްސް އެޕީލް ޓްރައިބިއުނަލް TAT-CA-B/2020/003
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމީ، ލޯނު އިންޓަރެސްޓަކީ ޙަޤީޤަތުގައި ލޯނަކުން ކަނޑައަޅާފައިވާ އިންޓަރެސްޓެއްކަމަށް ނުބެލެވޭތީ އުނިނުކުރެވޭނެކަމަށާއި، ބިން ހިއްކުމުގެ ޚަރަދަށް ކެޕިޓަލް އެލަވަންސް ނުލިބޭކަމަށް މީރާއިން ނިންމީ ޤާނޫނާއި ގަވާއިދާ އެއްގޮތަށްކަމަށެވެ.
ވާޤިޢާ
މީރާއިން އައި އެންޑް ޓީ މެނޭޖްމަންޓް އޮޑިޓްކޮށް، ރަންދެލި ރިސޯޓް ތަރައްޤީކުރުމަށް ގުޅުންހުރި ފަރާތްތަކުން ނެގިކަމަށް ބުނާ ލޯނުތަކުގެ އިންޓަރެސްޓާއި، ރަށް ހިއްކުމަށް ކުރި ޚަރަދަށް 'ޢިމާރާތް' ގިންތިން ނެގި ކެޕިޓަލް އެލަވަންސް އުނިނުކުރެވޭނެކަމަށް ނިންމިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ގުޅުންހުރި ފަރާތްތަކުން ނެގިކަމަށް ބުނާ ލޯނުތަކުގެ އިންޓަރެސްޓް ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) އާއި 11 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކްސް ބިނާކުރެވޭ ފައިދާއިން އުނިކުރެވޭތޯއާއި، ރިސޯޓު ތަރައްޤީކުރުމަށް ބިން ހިއްކުމަށް ކުރި ކެޕިޓަލް ޚަރަދަށް 'ޢިމާރާތް' ނުވަތަ 'އެހެނިހެން މުދާ' ގިންތިން ކެޕިޓަލް އެލަވަންސް ލިބޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
I&T އިން ބުނީ އިންޓަރެސްޓަކީ އާމްދަނީ ހޯދުމަށް ނެގި ލޯނުތަކުގެ އިންޓަރެސްޓްކަމަށާއި، ޓްރައިބިއުނަލުން Dixie Dairies ގެ އުޞޫލު ތަޠުބީޤުކުރުމަކީ މީޑިއާނެޓް ޤަޟިއްޔާއާ ޚިލާފުކަމަށާއި، 'ޢިމާރާތް' ގެ މާނައިގައި ބިން ހިމެނޭކަމަށެވެ. މީރާއިން ބުނީ މުޢާމަލާތްތަކަކީ ގުޅުންހުރި ފަރާތްތަކުގެ މެދުގައި މެނުވީ ނުހިންގާނެ މުޢާމަލާތްކަމަށާއި، ގަވާއިދުގެ 'ޢިމާރާތް' ގެ މާނައިގައި ބިން ނުހިމެނޭކަމަށެވެ.
ކޯޓުގެ ސަބަބުތައް
ހައިކޯޓުން ބުނީ ލޯނަކީ ޙިއްޞާދާރު ކުރި ފަންޑު އަނބުރާ ދެއްކުމަށް ނެގި ލޯނެއްކަމަށާއި، އެ ފަންޑު އިކުއިޓީގެ ގޮތުގައި ހިމަނައި އެހެން މަޤްޞަދެއްވެސް ޙާޞިލުކޮށްފައިވާތީ ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގެ (ހ) ގެ ޝަރުޠު ފުރިހަމަނުވާކަމަށާއި، ކެޕިޓަލް އެލަވަންސް ލިބޭނީ ގަވާއިދު ހުއްދަކުރާ ގޮތަށް ކަމަށްވާއިރު ގަވާއިދުގައި ބިމަށް ކުރާ ޚަރަދަށް އެލަވަންސް ހުއްދަކޮށްފައި ނުވާކަމަށެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުން ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރާނީ ޤާނޫނު ހުއްދަކުރާ ގޮތަށް މެނުވީ އެއްވެސް ޚަރަދެއް އުނިކުރުމަކާނުލައި ކަމަށްވާތީ، ޚަރަދެއް އުނިކުރެވޭތޯ ބަލާއިރު ފުރަތަމަ ބަލަންޖެހޭނީ ބީ.ޕީ.ޓީ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) އެވެ؛ ލޯނެއް ނަގައި އިންޓަރެސްޓް ދައްކާކަން ސާބިތުވިޔަސް އެ ޚަރަދު އުނިކުރެވޭނީ ޤާނޫނުގެ ޝަރުޠުތައް ފުރިހަމަވާނަމައެވެ.

HN2 ބީ.ޕީ.ޓީ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ ޢާންމު ހަމައަކީ އެއްވެސް ޢަދަދެއް އުނިނުކުރުމެވެ؛ އިސްތިސްނާއަކީ ހަމައެކަނި އާމްދަނީ ހޯދުމުގެ މަޤްޞަދުގައި ހިނގި ޚަރަދެވެ؛ ޚަރަދު އުނިކުރެވޭނީ އެއީ އެކުގައި (wholly)، ހަމައެކަނި (exclusively) އާމްދަނީ ހޯދުމަށް، އާމްދަނީ ހޯދުމުގެ މަޤްޞަދުގައި ހިނގި ޚަރަދަކަށް ވާނަމައެވެ؛ އެހެން މަޤްޞަދެއް ހިމެނިއްޖެނަމަ ޝަރުޠު ފުރިހަމައެއް ނުވާނެއެވެ.

HN3 ޙިއްޞާދާރަކު ކުރި ފަންޑު އަނބުރާ ދެއްކުމަށް ގުޅުންހުރި ފަރާތްތަކެއް މެދުވެރިކޮށް ނެގި ލޯނަކީ، އެ ފަންޑު ޙިސާބުތަކުގައި ޝެއަރހޯލްޑަރުންގެ އިކުއިޓީގެ ގޮތުގައި ހިމަނައި ޑެޓް-ޓު-އިކުއިޓީ ރޭޝިއޯ ރަނގަޅުކޮށް ދެއްކުން ފަދަ އެހެން މަޤްޞަދެއްވެސް ޙާޞިލުކޮށްފައިވާނަމަ، ހަމައެކަނި އާމްދަނީ ހޯދުމުގެ މަޤްޞަދުގައި ނެގި ލޯނެއް ނޫނެވެ؛ އެހެންކަމުން އޭގެ އިންޓަރެސްޓް އުނިނުކުރެވޭނެއެވެ.

HN4 ޓެކްސް މައްސަލަތަކުގައި ވާޤިޢާތައް ކަނޑައަޅާނީ މަދަނީ މިންގަނޑުން (balance of probability) ކަމަށާއި، ގުޅުންނެތް ފަރާތްތަކެއްގެ މެދުގައި (arm's length) ހިންގާނެ ގޮތަށް ނުހިންގާ ޣައިރު އާދައިގެ މުޢާމަލާތެއް ލޯނެއްކަމަށް ބުނާ ފަރާތުން، އެއީ އެ ދާއިރާގެ ޢާންމު ޢަމަލުކަމަށް ބުނާނަމަ، ބުނުމަށްވުރެ ބޮޑަށް ހެކި ހުށަހަޅަންޖެހޭނެއެވެ (ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާ؛ ޕެރ. 40).

HN5 ޤާނޫނު މާނަކުރުމުގައި ފުރަތަމަ ބަލަންޖެހޭނީ ޢިބާރާތުން ދޭހަވާ ޢާންމު މާނައަށެވެ (language rule)؛ މީޑިއާނެޓް ޤަޟިއްޔާގެ އުޞޫލަކީ ވަކިބައެއްގެ މަޞްލަޙަތު އިސްކުރުމަށް މާނަކުރުމެއް ނޫނެވެ؛ ޤާނޫނީ އިމުގެ ތެރެއިން ޓެކްސް މަދުކުރުމަށް ޓެކްސް ދައްކާ ފަރާތުން ކުރާ ކަމެއް ވިޔަސް، އެއީ ޤާނޫނާ އެއްގޮތް ނޫންކަމަށް ބުނެ ރަނގަޅުކުރަން އެންގުމަކީ ޓެކްސް ނަގާ ފަރާތަށް ކުރެވޭނެ ކަމެކެވެ.

HN6 ބޭރު ޤައުމެއްގެ ކޯޓެއްގެ ނިންމުމެއް ރާއްޖޭގެ ކޯޓުތަކުން ބަލައިގަތުމުގައި މުހިންމީ، އެ ނިންމުމުގައިވާ އުޞޫލަކީ ބައިނަލްއަޤްވާމީ 'ބެސްޓް ޕްރެކްޓިސް' ގެ ތެރޭގައި ހިމެނޭ އުޞޫލެއްތޯ ބެލުމެވެ؛ ހަމައެކަނި ބޭރު ކަރައެއްގެ ނިންމުމެއްކަމުން ބަލައި ނުގަނެވޭނެ ނޫނެވެ.

HN7 ބީ.ޕީ.ޓީ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) (2) ގެ ދަށުން ކެޕިޓަލް ޚަރަދު އުނިނުކުރުމަކީ ޢާންމު ހަމައެވެ؛ ކެޕިޓަލް އެލަވަންސް ލިބޭނީ ގަވާއިދުގައި ހުއްދަކޮށްފައިވާ ގޮތަށް މެނުވީ ނޫނެވެ؛ ބިމާބެހޭ ޤާނޫނީ އުޞޫލުތަކުގައި ބިމާއި ޢިމާރާތް އެކުގައި ބެލިޔަސް، ޓެކްސް ޤާނޫނުގެ ބޭނުމަށް އެކުގައި މާނަ ނުކުރެވޭނެއެވެ؛ ބީ.ޕީ.ޓީ ގަވާއިދުގެ 38 ވަނަ މާއްދާގެ (ޅ) ގައިވާ 'ޢިމާރާތް' ގެ މާނައިގައި ބިން ނުހިމެނޭތީ، ބިން ހިއްކުމަށް ކުރި ޚަރަދަށް 'ޢިމާރާތް' ނުވަތަ 'އެހެނިހެން މުދާ' ގިންތިން ކެޕިޓަލް އެލަވަންސް ނުލިބޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ޖަވާބުދާރީވި ފަރާތުގެ ވަކީލުން
މަރްޔަމް ޔާޝާ، މުޖީބާ މުޙައްމަދު
ބެންޗު
މުޙައްމަދު ނިޔާޒް، ޙުޒައިފާ މުޙައްމަދު، ޢަބްދުލްމާނިޢު ޙުސައިން
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ޙުޒައިފާ މުޙައްމަދު، ޢަބްދުލްމާނިޢު ޙުސައިން
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު (މި ރައުޔަށް ފަނޑިޔާރު ޙުޒައިފާ މުޙައްމަދު އަދި ފަނޑިޔާރު ޢަބްދުލްމާނިޢު

ޙުސައިން ތާއީދުކުރެއެވެ.)

ތަޢާރުފު

1މިއީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު: 300/0202/B-CA-TAT މައްސަލަ ނިންމަވާފައިވަނ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އައި އެންޑް ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް (މީގެފަހުން “I&T” ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") ގެ ފަރާތުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާފަރާތަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީގެފަހުން "މީރާ" ނުވަތާ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތް:

201 ޖަނަވަރީ 1420 އިން ފެށިގެން 31 ޑިސެންބަރު 1520 ގެ ނިޔަލަށް ވިޔަފަރީގެ ފައިދާއިން ނަގާ ޓެކްސް ހިސާބުކޮށްފައިވަނީ ޤާނޫނާ އެއްގޮތަށްތޯ ބެލުމަށް I&T އަށް މީރާގެ ނަންބަރު: 50/6201/CBASBPT/-AUDN/1000511 (29 ޖޫން 6201) އޮޑިޓް ނޯޓިސް އަދި ނަންބަރު:50/7BPT/LBD/201-AUDN/0051110 (12 އޭޕްރީލް 2017) އޮޑިޓް ނޯޓިސްތައް ފޮނުވާފައިވެއެވެ. މި ނޯޓިސތަކްގެ ދަށުން ކުރެވުނު އޮޑިޓް ނިންމުމަށްފަހު، I&T އިން އިތުރަށް ޓެކްސްގެ ރަޖިސްޓެރޭޝަން ނަންބަރު:(810/2008-C) ގޮތުގައި ދައްކަންޖެހޭ ޢަދަދުތައް ބަޔާންކޮށް "ބިޒްނަޒް ޕްރޮފިޓް ޓެކްސް އޮޑިޓް" އާއި "ނޯޓިސް އޮފް ޓެކްސް އެސެސްމަންޓް" މީރާއިން I&T އަށް 26 ޖޫން 2019 ގައި ފޮނުވާފައިވެއެވެ.

3މީރާގެ ފަރާތުން I&T އޮޑިޓް ކުރުމަށްފަހު އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައިގަނޑު މައްސަލަތަކަކީ I&T އިން ހިންގަމުން އަންނަ ރިސޯޓްކަމުގައިވާ ޝެވަލް ބްލަންކް ރަންދެލި ތަރައްޤީކުރުމަށް ނަގާފައިވާ ލޯންތަކަށް، ލޯން އިންޓްރެސްޓް ހިސާބުކޮށްފައިވަނީ ރަނގަޅަށްނޫންކަމަށްބުނެ ފާހަގަކުރިކުރުމާއި، I&T އިން ރިސޯޓު ތަރައްޤީކުރުމަށް ހިއްކާފައިވާ ރަށްތައް ހިއްކުމަށް ކުރެވުނު ޚަރަދު، "ޢިމާރާތް" މި ކެޓެގަރީގެ ދަށުން ކެޕިޓަލް އެލަވަންސްއެއްގެ ގޮތުގައި ކްލެއިމް ކޮށްފައިވަނީ ރަނގަޅަށްނޫންކަމަށް ބުނެ ފާހަގަކުރި ކުރުމާއި، I&T އނި ތަރައްޤީކޮށްފައިވާ ރިސޯޓުގައި ހަދާފައިވާ އައިލެންޑް ވިލާ އަދި ގެސްޓް ވިލތައާ އަގުކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ބުނެ ފާހަގަކުރިކުރުމެވެ.

I&T އިން އިޢުތިރާޟުކުރުން

4I&T އޮޑިޓްކުރުމަށްފަހު މީރާއިން ނިންމި ނިންމުންތަކަކީ ޤާނޫނު ނަންބަރު 2011/5 ((ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) މީގެ ފަހުން "ބީ.ޕީ.ޓީ ޤާނޫނު" ކަމަށް ބަޔާންކުރާ) އާއި، ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު)އާއި ޚިލާފަށް މީރާއިން ނިންމާފައިވާ ނިންމުންތަކެއްކަމަށް ފާހަގަކޮށް، I&T ގެ ފަރާތުން އެނިންމުން އިޢުތިރާޟުކޮށް އެކަނ މީރާއަށް އެންގިއެވެ.

5I&T އނި ކުރި އިޢުތިރާޟާއި ގުޅިގެން މީރާއިން ކުރިއޮޑިޓުން ނިންމި ނިންމުންތަކުގެ ތެރެއިން I&T އިން ތަރައްޤީ ކޮށްފައިވާ ރިސޯޓުގައި ހަދާފައިވާ އައިލެންޑް ވިލާ އަދި ގެސްޓް ވިލާތަކާއި ގުޅިގެން ކޮށްފައިވާ ނަންބަރު: 31LBD/BPT/2019/0-AR (26 ޖޫން 2019) ބިޒްނަސް ޕްރޮފިޓް ޓެކްސް އޮޑިޓް ރިޕޯޓް ނަންބަރު: 50/0192/LBDBPT/-NOTA/1000511 (26 ޖޫން 2019) ނޯޓިސް އޮފް ޓެކްސް އެސެސްމަންޓް ނޯޓިސް އޮފް އޮބްޖެކްޝަން (18 އޮގަސްޓް 2019) އިޢތިރު ޟާ ފިޔަވައި ދެން ހުރި އިޢުތިރާޟާއި ގުޅިގެން މީރާގެ އޮޑިޓުގެ ނިންމުން ރަނގަޅުކަމަށްބުނެ، 15 ޑިސެންބަރު 2019 ގައި I&T އަށް އެންގުމުން އެނިންމުން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި I&T ގެ ފަރާތުން އިސްތިއުނާފުކުރިއެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ހުށަހެޅުނު މައްސަލަ:

6މީރާގެ ނަންބަރު: 44/19OA/20-220 "އޮބްޖެކްޝަން ރިވިއު ރިޕޯޓް" ގައި، ނޯޓިސް އޮފް ޓެކްސް އެސެސްމަންޓް އަދި ބިޒްނަސް ޕްރޮފިޓް ޓެކްސް އޮޑިޓް ރިޕޯޓްގައި ނިންމާފައިވާ ނިންމންތަކުގު ތެރެއިން ރިސޯޓުގެ ވިލާތަކާއި ގެސްޓް ވިލާތައް އަގުކުރުމާއި ގުޅޭ ނިންމުން ފިޔަވައި ދެން ހުރި ނިންމުންތަކަށް ބަދަލު ގެންނަން ނުޖެހޭކަމަށބުނެ، ނިންމާފައިވާނިންމުމާމެދު ހިތްހަމަނުޖެހިގެން އެ މައްސަލަ I&T ގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ހުށަހެޅިއެވެ. I&T ގެ ފަރާތުން މީރާއަށް ހުށަހެޅި މައިގަނޑު ސަބަބުތކަކަ ؛

1.6 ލޯނު އިންޓަރެސްޓާއި ގުޅިގެން މީރާއިން ނިންމި ނިންމުން ރަނގަޅު ނޫންކަމަށްބުނެ ހުށަހެޅި ސަބަބުތައް.

2.6 ރިސޯޓު ތަރައްޤީކުރުމަށްޓަކައި ހިއްކާފައިވާ ރަށްތައް ހިއްކުމަށްޓަކައި ކޮށްފައިވާ ކެޕިޓަލް ޚަރަދަށް "ކެޕިޓަލް އެލަވަންސް" ނުލިބޭނެކަމަށް ނިންމި ނިންމުން ރަނގަޅުނޫންކަމަށް ބުނެ ހުށަހެޅި ސަބަބުތައް.

7I&T ގެ ފަރާތުން މީރާއަށް ހުށަހެޅި ނުކުތާތަކުގެ ތެރެއިނު މީރާގެ އޮބްޖެކްޝަން ރިވިއު ރިޕޯޓުން ނިންމާފައިވާ ނިންމުމުގެ ދަށުން ހުސޫމތާ އުފެދިފައިވާ ލޯނު އިންޓްރެސްޓް އުނިނުކުރެވޭނެކަމަށް ނިންމި ނިންމުމަށް ގޮތެއް ކަނޑައެޅެން ނެތްކަމަށް ކަނޑައަޅައި، އޮބްޖެކްޝަން ރިވިއު ރިޕޯޓުއިން I&Tއިން ރިޒޯޓު ތަރައްޤީކުރުމަށް މީރާގެ ނަންބަރު 44/19OA/20-220 އޮބްޖެކްޝަން ރިވިއު ރިޕޯޓް I&Tގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ހުށަހެޅި އިސްތިއުނާފު ފޯމް (28 ޖަނަވަރީ 2020) I&T ގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ހުށަހެޅި އިސްތިއުނާފު ފޯމްގެ 9 ވަނަ ނުކުތާ (28 ޖަނަވަރީ 2020) ހިއްކައިފައިވާ ރަށްތަށް ހިއްކުމަށްޓަކައި ކޮށްފައިވާ ކެޕިޓަލް ޚަރަދަށް ކެޕިޓަލް އެލަވަންސް އުނި ނުކުރެވޭނެކަމަށް މީރާއިން ނިންމާފައިވާ ނިންމުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލއިން ތާއީދުކޮށް މައްސަލަ ނިންމާފައިވެއެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލުން މައްސަލަ ނިންމިގޮތް:

8I&Tގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގެ ނިންމުމަށް ބަލާއިރު އެ ނިންމުމުގައިވަނީ؛ "ދެންފަހެ، އިސްވެބަޔާންވެދިޔަ ކަންކަން އެގޮތުގެމަތިން ހުރުމާއެކު، އައި އެންޑް ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް (ކުންފުނީގެ ރަޖިސްޓްރޭޝަން ނަންބަރު:810/2008-C) ގެ ފަރާތުން ޓެކްސް އެޕލީ ޓްރައިބިއުނަލްގައި އިސްތިއުނާފުކޮށްފައިވާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ނަންބަރު 44/OA/2019-220 "އޮބްޖެކްޝަން ރިވިއު ރިޕޯޓް" އިން ނިންމާފައިވާ ނިންމުމުގެ ދަށުން ޚުސޫމާތު އުފެދިފައިވާ ލޯން އިންޓްރެސްޓް އުނިނުކުރެވޭނެކަމަށް ނިންމައިފައިވަނީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ކ) ގެ ދަށުން ކަމުގައިވީނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ 2021/HC-A/77 ޤަޟިއްޔާ އާއި 2021/HC-A/78 ޤަޟިއްޔާއިން ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގެ ދަށުން އިންޓްރެސްޓް އުނިކުރެވިދާނެތޯ ކަނޑައެޅުމުގެ ކުރިން، އެ އިންޓްރެސްޓް ކަނޑައަޅައިފައިވަނީ ޙަޤީޤަތުގައިވެސް ލޯނުގެ މުޢާމަލާތަކުންތޯ ބަލަންޖެހޭނެކަމަށް ކަނޑައަޅަފައިވާކަން އެނގެން އޮންނަހިނދު، ހުށަހެޅިފައިމިވާ މައްސަލައިގެ ޚުޞޫމާތު އުފެދިފައިވާ ލޯނު މުޢާމަލާތްތަކަށް ނިސްބަތްވާ ލޯނު އިންޓްރެސްޓަކީ ޙަޤީޤަތުގައިވެސް ލޯނަކުން ކަނޑައަޅާފައިވާ އިންޓްރެސްޓެއްކަމަށް ބެލެވެން ނެތަތީވެ ސޭންޑް ކ މާރކެޓިންގ ލިމިޓެޑް އަދި ސަންޓަ ފ ޓްރޭޑިންގ ލިމިޓެޑްއަށް އިސްތިއުނާފުކުރާ ފަރާތުން ދައްކަންޖެހޭ އިންޓްރެސްޓަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގެ ދަށުން އުނިކުރެވިދާނެ އަދަދެއްނޫންކަމަށް ކަނޑައަޅައި، އިސްވެހަލާދީފައިވާ ހައިކޯޓުގެ ޤަޟިއްޔާތަކަށް ރިޢާޔަތްކޮށް އިސްތިއުނާފުކޮށްފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ނަންބަރު 44/OA/2019-220 "އޮބްޖެކް ޝަން ރިވިއު ރިޕޯޓް" އިން ނިންމާފައިވާ ނިންމުމުގެ ދަށުން ހުޞޫމާތު އުފެދިފައިވާ ލޯނު އިންޓްރެސްޓް އުނިނުކުރެވޭނެކަމަށް ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ކ) ގެ ދަށުން ނިންމި ނިންމުމަށް ގޮތެއް ކަނޑައެޅެން ނެތްކަމަށް ކަނޑައަޅައި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ނަންބަރު 44/OA/2019-220 "އޮބްޖެލްޝަން ރިވިއު ރިޕޯޓް" އިން އައި އެންޑް ޓީ މެނޭޖްމަންޓްއިން ރިޒޯޓު ތަރައްޤީކުރުމަށް ހިއްކާފައިވާ ރަށްތައް ހިއްކުމަށްޓަކައި ކޮށްފައިވާ ކެޕިޓަލް ހަރަދަށް ކެޕިޓަލް އެލަވަންސް އުނި ނުކުރެވޭނެކަމަށް މީރާއިން ނިންމައިފައިވަނީ ވިޔަފަރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު އަދި ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދުގެ 38 ވަނަ މާއްދާގެ (ޅ) އަދި އެގަވާއިދުގެ 50 ވަނަ މާއްދާއާ އެއްގޮތަށްކަމަށް ކަނޑައަޅައި، އަދި، މި ޓްރައިބިއުނަލުން 11 ނޮވެންބަރު 2020 ގައި ނެރެފައިވާ ނަންބަރު 006/VA/2020-TAT ވަގުތީ އަމުރުގައިވާ ކަންކަން ނިމުމަކަށް އައިސްފައިވާތީ، އައި އެންޑް ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްއިން 23 ފެބްރުވަރީ 2020 ގައި އިޢުތިރާޒުކޮށްފައިވާ މީރާގެ ނަންބަރު BPT/LBD/2020/01-1000511/NOTA ނޯޓިސް އޮފް ޓެކްސް އެސެސްމަންޓް އަދި މީރާގެ ނަންބަރު LBD/BPT/2019/118-AR އޮޑިޓް ރިޕޯޓާ ގުޅިގެން 14 ނޮވެންބަރު 2020 ގައި މީރާއިން ނެރެފައިވާ ނަންބަރު 2020/32OA/-220 "އޮބްޖެކްޝަން ރިވިއު ރިޕޯޓްގައި އޮޑިޓް ނިންމުމުގައިވާ 4.1 އަދި 4.2 އާ ގުޅިގެން ހުށަހަޅައިފައިވާ އިޢުތިރާޒުކުރި ނުކުތާތަކާމެދު މީރާއިން ގޮތެއް ކަނޑައެޅުމުން، އެ ނިންމުން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން، ޓްރައިބިއުނަލަށް އިސްތިއުނާފުކުރުމުގެ ހައްޤު އޮތްކަމަށް ކަނޑައަޅައި ނިންމައިފީމެވެ." މިފަދައިންކަން އެމައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ. I&T އިން މިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ މިނިންމުމެވެ. I&Tގެ އިސްތިއުނާފު :

9ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު: 300/0220/B-CA-TAT މައްސަލަ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ތިރީގައިވާ ނުކުތތައާ I&Tގެ ފަރާތުން ހުށަހަޅާފައިވެއެވެ.

1.9 ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އިސްތިއުނާފުކުރާ ފަރާތުން އުނިކޮށްފައިވާ އިންޓަރެސްޓް އުނި ނުކުރެވޭނެ ކަމަށް ޓްރައިބިއުނަލްއިން ނިންމާފައިވަނީ ބީ.ޕީ.ޓީ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) އާއި، އެޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) އަދި 11 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރާއި ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

2.9 ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އިސްތިއުނާފުކުރާ ފަރާތުން އުނިކޮށްފައިވާ އިންޓަރެސްޓް އުނިނުކުރެވޭނެކަމަށް ޓްރައިބިއުނަލް އިން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ އެކޯޓުގެ ނަންބަރު 2016/SC-A/23 (މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ) ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލުތަކާއި ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

3.9 އިސްތިއުނާފުކޮށްފައި މައްސަލަ ނިންމުމަށް ވާސިލްވުމުގައި ހުށަހެޅިފައިވާ ކިތާބީ ހެކިތަކުން މަދަނީ މިންގަނޑުން ސާބިތުވާ ކަންކަމަށް ފުރިހަމައަށް ރިޢާޔަތްކުރުމެއްނެތި، ހުސޫމާތު އުފެދިފައިވާ މުޢާމލަ ތަކާ ލޯނުގެ މުޢާމަލާތެއް ހިންގުމުގެ ނިޔަތުގައި ހިންގާފައިވާ މުޢާމަލާތެއް ނޫންކަމަށް ކަނޑައަޅައިފައިވަނީ، ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މައްދާއާއި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ށ) އާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ

(ށ) ގެ (1) ވަނަ ނަންބަރާއި ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

4.9 ބީ.ޕީ.ޓީ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) އާއި 11 ވަނަ މާއްދާގެ (ހ) (2) ވަނަ ނަންބަރާއި، ބީ.ޕީ.ޓީ ގަވާއިދުގެ 38 ވަނަ މާއްދާގެ (ހ) އާއި އެ މާއްދާގެ (ޅ) އަދި އެގަވާއިދުގެ 50 ވަނަ މާއްދާގެ (ހ) އާއި ޚިލާފު ނިންމުމެއް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

5.9 ބީ.ޕީ.ޓީ ގަވާއިދުގެ 38 ވަނަ މާއްދާގެ (ޅ) ގެ ތަރަހާގެ ތެރޭގައި "ބިން" ނުހިމެނޭކަމަށް ޓްރައިބިއުނަލުން ނިންމާފައިވަނީ މާނަ ކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ

(ރ) އާއި 8 ވަނަ މާއްދާގެ (ހ) އާއި ބީ.ޕީ.ޓީ ގަވާއިދުގެ 57 ވަނަ މާއްދާގެ މަފްހޫމާއި ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

6.9 ކެޕިޓަލް ޚަރަދާއި ގުޅިގެން ކެޕިޓަލް އެލަވަންސް އުނިކޮށްފައިވަނީ ރަނގަޅުނޫން ގިންތިއަކުންކަން މީރާއިން ކުރިއަށްގެންދާ އޮޑިޓަކުން ފާހަގަވެއްޖެނަމަ ރަނގަޅު ގިންތިއަށް ކެޕިޓަލް އެލަވަންސް އުނިކޮށްދިނުމަކީ މީރާގެ ޤާނޫނީ ޒިންމާއެއް ނޫންކަމުގައި ޓްރައިބިއުނަލުން ކަނޑައަޅައިފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) އާއި ބީ.ޕީ.ޓީ ޤާނޫނުގެ 21 ވަނަ މާއްދާގެ (ށ) އާއި ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. I&T ގެ ފަރާތުން ދެއްކި ވާހަކަ :

10I&T އިން ހުށަހެޅި އިސްތިއުނާފީ ނުކުތާތައް ތަފްޞީލްކޮށް އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާތަކާއި ގުޅިގެން ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްސީލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލާސާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛

1.10 - އިސްތިއުނާފުކުރާ ފަރާތާ ން އާމްދަނީ ހޯދުމުގެ ބޭނުމުގައި ނަގައިފައިވާ ލޯނުތަކުގެ އިންޓަރެސްޓާއި ގުޅިގެން ނަގާފައިވާ ތިން ނުކުތާގެ ތަފްސީލްގައި އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ޚުޞޫމާތު އުފެދިފައިވާ ލޯނު އިންޓަރެސްޓަކީ އިސްތިއުނާފުކުރާ ފަރާތުން ދައްކަންޖެހިފައިވާ އިންޓަރެސްޓެއްކަމާމދު މީރާއިން އެއްވެސް ވަރަކަށް އިޢުތިރާޒެއް ނުކުރާކަމަށެވެ. އިންޓަރެސްޓް ދައްކަންޖެހުނު ލޯނުތަކަކީ އިސްތިއުނާފުކުރާ ފަރާތުން ހަމައެކަނި އާމްދަނީ ހޯދުމުގެ ބޭނުމުގައި ނަގާފައިވާ ލޯނުތަކެއްގެ ސަބަބުން ދައްކަންޖެހޭ އިންޓަރެސްޓެއް ކަމަށެވެ. އަދި އަހަރަކު ދައްކަންޖެހެނު އަދަދަކީ %6 އަށްވުރެ އިތުރުވާ އަދަދެއްނޫންކަމާމެދވެސު މީރާއިން އިޢުތިރާޒް ނުކުރާ ކަމަށެވެ. މިކަންކަމަކީ، މިމައްސަލައިގައި ހިމެނޭ ދެ ހަސްމުން އެއްވެސް ވަރަކަށް އިޢުތިރާޒު ނުކުރާ އަދި މައްސަލައާއިގުޅޭ މުހިއްމު ވާޤިޢާތަކެއް ކަމަށެވެ. އެހެންކަމުން، ޚޞު މާތު އުފެދިފައިވޫ އިންޓަރެސްޓަކީ އިސްތިއުނާފުކުރާ ފަރާތުގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އުނި ނުކުރެވޭނެ ޢަދަދެއްކަމަށް ޓްރައިބިއުނަލުން ނިންމާފައިވަނީ ބީ.ޕީ.ޓީ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) އާ ޚިލާފަށްކަމަށެވެ.

2.10 - މީގެ އިތުރުން، އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާގެ ތަފްސީލްގައި ފާހަގަކށްފައިވޮ ކަންތައްތަކަށް ރިޢާޔަތްކުރުމުން ހުސޫމާތު އުފެދިފައިވާ ލޯނު އަނބުރާ ދައްކާފައިވަނީ ރީ- ފައިނޭންސިންގ އުސޫލުންކަން ސާފުކަމަށާއި، މިލޯނުތަކަކީ ހިއްސާގެ ރައުސުލްމާލު ނުވަތަ އީކުއިޓީ ނޫންކަމަށާއި އެއީ އިސްތިއުނާފުކުރާ ފަރާތުން ވިޔަފާރީގެ ބޭނުމަށް އަނބުރާ ދައްކާގޮތަށް ނަގާފައިވާ ލޯނުތަކެއްކަމާމެދު އެއްވެސް ދެބަސްވުމެއްނެތްކަމަށެވެ. މީގެ އިތުރުން، މައްސަލައިގައި ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހަޅާފައިވާ އެންމެހާ ކިތާބީ ހެކިތަކަށް ނަރަޒުކުރުމުން ޚުޞޫމަތް އުފެދިފައިވާ ލޯނުތަކަކީ އަނބުރާ ދައްކަންޖެހޭ ލޯނުތަކެއް ކަމަށާއި އަދި އެލޯނުތައް އެކީއެކަށް ދައްކާ ހަލާސްކޮށްފައި ވާކަން މަދަނީ މިންގަނޑުން ސާބިތުވާ ކަމަށެވެ. އެހެންނަމަވެސް ޓެކްސް އެޕލީ ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީ ބީ.ޕީ.ޓީ ޤާނޫނާއި ޤަވާޢިދު ނުވެސް ދަންނަ އަސާސެއް ކަމުގައިވާ އެމެރިކާގެ އަލަބާމާގެ ޓެކްސް ކޯޓުން ނިންމާފައިވާ Dixi Dairy Corp v. ionersCommis މައްސަލާގައި އެކަށައަޅާފައިވާ އުޞޫލު ތަކެއް މިމައްސަލައިގެ މައްޗަށް ތަޠުބީޤުކޮށްގެން ކަމަށެވެ. އެހެންކަމުން މީރާގެ އޮޑިޓް ނިންމުން ޓެކްސް އެޕީޓް ޓްރައިބިއުނަލުން ދެމެހެއްޓުމަކީ ބީ.ޕީ.ޓީ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) އާއި އެޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރާއި ޚިލާފަށް، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/23 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލާވެސް ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށެވެ.

3.10 -I&T އިން ހުށަހެޅި ތިންވަނަ ނުކުތާގެ ތަފްޞީލގައު ބަޔާންކޮށްފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލުން މިމައްސަލަ ނިންމާފައިވަނީ އެފަރާތުން ހުށަހެޅި ކިތާބީ ހެކިތަކުން މަދަނީ މިންގަނޑުން ސާބިތުވާކަން ކަމަށް ފުރިހަމައަށް ރިޢާޔަތްކުރުމެއްނެތިކަމަށެވެ. މިކަންކަން ތަފްޞީލީ ގޮތެއްގައި އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވެއެވެ.

4.10 - ރިސޯޓް ތަރައްޤީ ކުރުމަށްޓަކައި ހިއްކާފައިވާ ރަށްތައް ހިއްކުމަށް ކޮށްފައިވާ ކެޕިޓަލް ޚަރަދަށް ކެޕިޓަލް އެލަވަންސް ނުލިބޭނެކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާތަކުގެ ތަފްޞީލގައު I&T ގެ ފަރާތުން ބުނެފައިވަނީބީ.ޕީ.ޓީ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) އާއި 11 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާއި ބީޕީޓީ ގަވާއިދުގެ 38 ވަނަ މާއްދާގެ (ހ) އާއި އެމާއްދާގެ (ޅ) އަދި ގަވާއިދުގެ 50 ވަނަ މާއްދާގެ (ހ) އަށް ބެލުމުން އެނގިގެންދަނީ ހަރުމުދަލަކާއި ގުޅިގެން ހިނގާ ޚަރަދަކީ އެޚަރަދެއް ހިނގި އަހަރަކު އެއްފަހަރާ އުނިކުރެވޭނެ ޚަރަދެއްނޫން ކަމަށާއި، ކެޕިޓަލް ޚަރަދު އުނިކުރެވޭނީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮންމެ އަހަރަކަށް ލިބޭ ކެޕިޓަލް އެލަވަންސް ޢަދަދު އުނިކޮށްގެންކަމަށެވެ. ބީ.ޕީ.ޓީ ޤަވާޢިދުގެ 50 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކެޓަގަރީއަކަށް ފެތޭ ކޮންމެ ކެޕިޓަލް ޚަރަދަކަށް ކެޕިޓަލް އެލަވަންސް އެކެޓަގަރީއެއްގައި ބަޔާންކޮށްފައިވާ ރޭޓްގައި ލިބޭނެކަމަށެވެ. އެޤަވޢާދުގެ 50 ވަނަ މާއްދާގެ ދަށުން ކެޕިޓަލް އެލަވަންސް ކެނޑުމަކީ ލިބިގެންވާ އިޚު ތިޔާރެއް ނޫންކަމަށާއި ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އުނިކުރަންޖެހޭ ޚަރަދެއްކަމަށެވެ.

5.10 - މީގެ އިތުރުން ބީ.ޕީ.ޓީ ގަވާއިދުގެ 38 ވަނަ މާއްދާގެ (ޅ) ގެ ތަރަހާގެ ތެރޭގައި "ބިން" ނުހިމެނޭކަމަށް ޓްރައިބިއުނަލުން ނިންމާފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ރ) އާއި 8 ވަނަ މާއްދާގެ (ހ) އާއި ބީޕީޓީ ގަވާއިދުގެ 57 ވަނަ މާއްދާގެ މަފްހޫމާއި ޚިލާފަށް ކަމަށެވެ. ބީ.ޕީ.ޓީ ގަވާއިދުގެ 38 ވަނަ މާއްދާގެ (ޅ) ގައި އިމާރާތް މާނަކޮށްދީފައިވާއިރު، އެމާނައިގެ ތެރޭގައި "ބިން" ބަޔާންކޮށްފައިނުވާކަމަށެވެ. އަދި މިމާނައިގެ ތެރޭގައި އިމާރާތްތަކާއި، ޖެޓީތަކާއި، ސްލިޕްވޭތަކާއި، މަގުތއަ ހިމެނިފައިވުމާއި އަދި އެތަންތަނަކީ ނުއުފުލޭ ދާއިމީ މުދާކަން ސާފުވާއިރު، އެމާއްދާގައި ހިމެނޭ ލިސްޓަކީ exhaustive ލިސްޓއެ ނޫންކަމަށްވާތީ، މާނަކުރުކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) ތަޠުބީޤު ކުރުމުން "ބިމަކީ" އިމާރާތުގެ މާނައިގެ ތެރޭގައި ހިމެނިގެންދާ އެއްޗެއްކަން އެނގޭކަމަށެވެ. އެހެންކަމުން އާމްދަނީ ހޯދުމުގެ ބޭނުމުގައި ހިނގާފައިވާ ކެޕިޓަލް ހަރަދަކީ އިމާރާތުގެ ގިންތީގެ ތެރޭގައި ހިމެނޭ ކެޕިޓަލް ހަރަދެއްގެ ގޮތުގައި ބަލައި، ބީ.ޕީ.ޓީ ގަވާއިދުގެ 50 ވަނަ މާއްދާގެ (ހ) ގައި ހިމަނާފައިވާ ލިސްޓުގައި ހިމެނޭ "ޢިމާރާތް" ގިންތިން ކެޕިޓަލް އެލަވަންސް ލިބެންޖެހޭނެކަމަށެވެ. މީގެ އިތުރުން އިސްތިއުނާފު ފޯމުގައި ތަފްސީލްކޮށް ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ބެލުމުން، ކެޕިޓަލް ހަރަދާއި ގުޅިގެން ކެޕިޓަލް އެލަވަންސް އުނިކޮށްފައިވަނީ ރަނގަޅުނޫން ގިންތިއަކުންކަން މީރާއިން ކުރިއަށްގެންދާ އޮޑިޓަކުން ފާހަގަވެއްޖެނަމަ ރަނގަޅު ގިންތިން ކެޕިޓަލް އެލަވނަ ސ އުނިކޮށްދިނުމަކީ މީރާގެ ޤާނޫނީ ޒިއްމާއެއް ނޫންކަމުގައި ޓްރައިބިއުނަލުން ކަނޑައަޅައިފައިވަނީ ރަނގަޅަށްނޫން ކަމަށްވާތީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުމަކީ ބާޠިލް ނިންމުމެއްކަމަށް ފާހަގަކުރާކަމަށެވެ. I&T ގެ ފަރާތުން އެދޭގޮތް:

11I&T އިން އެދިފައިވަނީ އެފަރާތުން އާމްދަނީ ހޯދުމުގެ ބޭނުމުގައި ނަގާފައިވާ ލޯނުތަކާއި ގުޅިގެން ދައްކަންޖެހޭ އިންޓަރެސްޓަކީ، ބީ.ޕީ.ޓީ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) އާއި އެޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގެ ދަށުން އުނިކުރެވޭނެ ޚަރަދެއްކަމުގައި ކަނޑައަޅައި ދިނުމަށާއި، އެމެރިކާގެ އަލަބާމާގެ ޓެކްސް ކޯޓުން ނިންމާފައިވާ Dixi Dairy Corp v. Commissioner މައްސަލާގައި އެކަށައަޅައިފައިވާ އުސޫލުތައް ހުސޫމާތު އުފެދިފައިވާ ލޯނު މުޢާމަލާތުގެ މައްޗަށް ތަޠުބީޤުކުރުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/23 (މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ) ޤަޟިއްޔާގައި އެކަށައަޅާފައިވާ އުސޫލުތަކާއި ޚިލާފު ނިންމުމެއްކަމުގައި ކަނޑައަޅައި ދިނުމަށާއި، I&T އިން Dixie Dairies Corporation, v. Commissioner 74 T.C. 476, (1980) ރިސޯޓް ތަރައްޤކުރުމަށީ ހިއްކާފައިވާ ރަށްތައް ހިއްކުމަށްޓަކައި ކޮށްފައިވާ ކެޕިޓަލް ހަރަދާގުޅޭ ކެޕިޓަލް އެލަވަންސަކީ، ބީ.ޕީ.ޓީ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރު އަދި ބީ.ޕީ.ޓީ ގަވާއިދުގެ 38 ވަނަ މާއްދާގެ (ޅ) އަދި އެގަވާއިދުގެ 50 ވަނަ މާއްދާގެ ދަށުން އުނިކުރެވޭނެ ހަރަދެއްކަމުގައި ކަނޑައަޅައި ދިނުމަށާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު:300/0220/B-CA-TAT މައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށް ކަނޑައަޅައި އެނިންމުން ބާޠިލްކަމަށް ކަނޑައަޅައި ދިނުމަށެވެ. މީރާގެ ވާހަކަ އާއި ރައްދު:

12މީރާއިން އިސްތިއުނާފީ ނުކުތާގެ ޖަވާބު ވަރަށް ތަފްޞީލްކޮށް ލިޔުމުން ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާތަކުގެ ރައްދުގައި ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްސީލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލާސާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛

1.12 - އިސްތިއުނާފީ ފުރަތަމަ އަދި ދެވަނަ ނުކުތާގެ ރައްދުގައި މީރާގެ ވާހަކަ ބިނާކޮށްފައިވަނީ ޤާނޫނީ އެއް ކަމެއްގެ މައްޗަށެވެ. މިގޮތުން، މީރާއިން ބުނަނީ ބީ.ޕީ.ޓީ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ)،

(ނ)، (ރ) އަދި 29 ވަނަ މާއްދާއަށް ބެލުމުން ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އެފަދައިން ކުރެވޭ މުޢާމަލާތްތައް ހިމަނައިގެން ނުވާނެކަން ސާފުކޮށް އެނގޭކަމަށެވެ. އެގޮތުން ހުސޫމާތު އުފެދިފައިވާ މުޢާމަލާތްތަކަކީ I&T އާއި ގުޅުންހުރި ފަރާތްތަކެއް ކަމުގައިވާ ސަންޓަފެ ޓްރޭޑިންގ ލިމިޓެޑް އަދި ސޭންޑް ކ މާރކެޓިން ލިމިޓެޑްއާ I&T އާ ދެމެދުވެފައިވާ މުޢާމަލާތްތަކާއި ގުޅިގެން I&T ގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި، އެފަރާތުން އުނިކޮށްފައިވާ އިންޓަރެސްޓްގެ އަދަދާ ގުޅޭ މުޢާމަލާތްތަކެއްކަމަށެވެ. އެމުޢާމަލާތްތަކަކީ ގުޅުން ހުރި ފަރާތްތަކެއްގެ މެދުގައި މެނުވީ ނުކުރާނެ މުޢާމަލާތްތަކެއްކަމަށް މީރާގެ އޮޑިޓަށް ފާހަގަކުރެވުމުން I&T ގެ ޓެކްސް ބިނާކުރާ ފައިދާ ހިސާބުކުރުމުގައި އުނިކޮށްފައިވާ އިންޓްރެސްޓްގެ ޢަދަދަކީ ބީ.ޕީ.ޓީ ޤާނޫނުގެ 29 ވަނަ މާއްދާގެ (ކ) ގެ ދަށުން އުނިކުރެވޭނެ ޙަރަދެއް ނޫންކަމަށް މީރާއިން ނިންމާފައިވާނެކަމަށެވެ. އަދި މިމާއްދާތަކަށް ބެލުމުން ލޯނު އިންޓްރެސްޓާ ގުޅިގެން ޓެކްސް ނެގޭނެ ގޮތާއި އެމުޢާމަލާތުގައި ފުރިހަމަ ވާންޖެހޭ ކަންކަން މިމާއްދާތަކުން ފަހުމުވެގެންދާކަމަށެވެ.

2.12 - އިސްތިއުނާފީ ތިންވަނަ ނުކުތާގެ ރައްދުގައި މީރާއިން ބުނެފައިވަނީ I&T އިން ސާބިތުކޮށްދޭން ބޭނުންވާ ކަންތައްތައް ސާބިތުކޮށްދިނުމުގެ ގޮތުން ހުށަހަޅަން ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުސަތު ލިބިފައިވާކަމަށެވެ. މިގޮތުން I&T އނި ޓްރައިބިއުނަލަށް ޑޮކިއުމަންޓްތަކެއް ހުށަހަޅާފައިވާއިރު، I&T އިން ލޯނުގެ އެއްބަސްވުންތައް އެއީ މިމުޢާމަލާތް ހިނގާފައިވާ ގޮތް ދަލާލަތު ކޮށްދޭނެ އެއްބަސްވުންތަކެއް ކަމަށްވީއިރު މި އެއްބަސްވުންތައް ހުށަހަޅާފައިނުވަނީ ކޮން ސަބަބަކާހުރެކަން ސާފެއް ނޫންކަމަށެވެ.

3.12 - ކެޕިޓަލް އެލަވަންސްއާ ގުޅޭގޮތުން I&T އިން ހުށަހަޅާފައިވާ ނުކުތާތަކުގެ ރައްދުގައި މީރާއިން ބުނެފައިވަނީ އިއުތިރާޒް މަރުޙަލާގައި މީރާއިން ނިންމާފައިވާ ނިންމުމުގައި އޮޑިޓް މަރުޙަލާގައި I&T އިން ހުށަހެޅި ބީ.ޕީ.ޓީބަޔާނުގައި ބީ.ޕީ.ޓީ ގަވާއިދުގީ 50 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "ބިލްޑިންގ" ކެޓަގަރީގެ ތެރޭގައި ބިން ހިއްކުމާއި ގުޅޭ ޚަރަދު ހިމަނާފައިވުން ރަނގަޅު ނޫންކަމަށް ބަޔާން ކޮށްފައި ވާނެ ކަމަށެވެ. ސަބަބަކީ، ބީ.ޕީ.ޓީ ގަވާއިދުގެ 38 ވަނަ މާއްދާގައި "ބިލްޑިންގ" މާނަކޮށްދީފައިވާ ތަރަހައިގެ ތެރޭގައި "ބިން (Land)" ނުހިމެނޭކަން އެނގެން އޮންނަ އޮތުން ކަމަށް ބަޔާން ކުރެއެވެ.

4.12 - އަދި I&T ގެ ފަރާތުން މީރާއަށް ހުށަހެޅި ނޯޓިސް އޮފް އޮބްޖެކްޝަންގައި ބީ.ޕީ.ޓީ ގަވާއިދުގެ 50 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "ޢިމާރާތް" ކެޓަގަރީއަށް ނުފެތޭ ޙާލަތުގައި "އެހެނިހެން މުދާ" ގެ ތަރަހައިގެ ތެރެއަށް "ބިން (Land)" ފތިގެންދާނެކަމަށް ބަޔާންކުރާ ކުރުމާއި ގުޅޭ ގޮތުނެ މީރާ އިން ބުނެފައިވަނީ، އެހެނިހެން މުދަލުގެ ކެޓަގަރީ ތެރޭގައި "ބިން (Land)" ނުހިމެނޭކަން އޮބްޖެކްޝަން ރިވިއު ރިޕޯޓުގެ 14 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ. އެހެންކަމުން، ބީ.ޕީ.ޓީ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (2) އަދި ބީ.ޕީ.ޓީ ގަވާއިދުގެ 50 ވަނަ މާއްދގާ

(ހ) އަށް ރިޢާޔަތްކޮށް"ބިން (Land)" ހިއްކުމާއި ގުޅޭ ޚަރަދަކީ "ޢިމާރާތް" ކެޓަގަރީ ތެރޭގައި ހިމެނޭ ކެޕިޓަލް ޚަރަދެއްނޫންކަމަށް ބަޔާންކޮށް އިޢުތިރާޒު މަރުޙަލާގައި މީރާ އިން ނިންމި ނިންމުމަކީ ޓެކްސްގެ ޤާނޫނާއި ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން އޮޑިޓުން ނިންމާފައިވާ ސައްޙަ ނިންމުމެއް ކަމަށެވެ. "ބިން (Land)" ހިއްކުމާއި ގުޅޭ ޚަރަދަކީ "ޢިމާރާތް" ކެޓަގަރީ ތެރޭގައި ހިމެނޭ ކެޕިޓަލް ޚަރަދެއްކަމަށް ދަލީލުކޮށްދޭ ޤާނޫނީ އެއްވެސް އަސާސެއް I&T އަށް މިއަދާ ހަމައަށްވެސް ބަޔާންކޮށްދެވިފައިނުވާ ކަމަށެވެ. މީރާގެ ފަރާތުނާ އެދޭ ގޮތް:

13މީރާ ގެ ފަރާތުން އެދިފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު B/2020/003-CA-TAT މައްސަލައިގެ މައުޟޫއީ ނިންމުމަށް ބަދަލެއް ގެންނާންޖެހޭ ފަދަ ތަނެއް ނެތްކަމަށް ކަނޑައަޅުއްވާދެއްވުމަށެވެ.

ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން

14މިމައްސަލައާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތަކަށާއި އަދި ހުށަހެޅިފައިވާ އެންމެހައިލިޔެކިޔުންތަކަށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަކުރެވިފައިވެއެވެ. ބީ.ޕީ.ޓީ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) އާގުޅޭ:

15HN1I&T އިން ހުށަހެޅި އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ޙަވާލާދޭ ބީ.ޕީ.ޓީ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) އަކީ، މިޤަޟިއްޔާގައި ހުށަހެޅިފައިވާ ޚުޞޫމާތާއި ގުޅިގެން، އެންމެ ފުރަތަމަވެސް ބަލަންޖެހޭ ޤާނޫނީ ނައްޞު ކަމުގައި ދެކެމެވެ. ސަބަބަކީ، ބީ.ޕީ.ޓީ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) ގައި، ޓެކްސް ނެގޭފައިދާ ހިސާބު ކުރެވޭނީ ޤާނޫނު ހުއްދަކުރާ ގޮތަށް މެނުވީ އެއްވެސް ޚަރަދެއް އުނިކުރުމަކާއި ނުލައި ކަމަށް ބަޔާންކުރާތީއެވެ. އަދި، އުނިކުރަންއެދޭ ޚަރަދަކީ ޤާނޫނު ހުއްދަކުރާ ގޮތަށް އުނިކުރަން އެދޭ ޚަރަދެއްތޯ ނުވަތަ ނޫންތޯ ފުރަތަމަވެސް ބަލަންޖެހޭނެތީއެވެ.

16ވީމާ، ލޯނެއްތޯ؟ ނުވަތަ ނޫންތޯ؟ އަދި އެލޯނަށް ދެއްކި އިންޓަރެސްޓް ޚަރަދުގެ ގޮތުގައި އުނިކުރެވޭނެ ތޯ؟ ނުވަތަ ނޫންތޯ؟ މި ބަހުޘްގެ ތެރެއަށް ވަންނަންޖެހޭނީ، ޓެކްސް ހިސާބު ކުރުމުގެ ބޭނުމަށް ޚަރަދެއް އުނިކުރެވޭނީ ޤާނޫނު ބަޔާންކުރާ ގޮތުން ކިހިނެތް ކޮން ޝަރުޠުތަކެއް ހަމަވެގެން ކަން ބަލައި އެކަންކަން ފުރިހަމަ ވާނަމައެވެ. އެހެނީ، ލޯނެއް ނަގައިގެން އެލޯނަށް އިންޓަރެސްޓް ދައްކާކަން ސާބިތުވިޔަސް އެޚަރަދު އުނި ކުރުމަކީ ޓެކްސް ހިސާބު ކުރާއިރު އަދި ކުރެވިދާނެ ކަމެއް ކަމަށް ނުވެދާނެތީއެވެ.

17ބީ.ޕީ.ޓީ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރަނީ؛ އުނިކުރެވިދާނެ 10. (ހ) މި ޤާނޫނާއި، އަދި ޚާއްޞަކޮށް، މި މާއްދާގެ (ނ) އާއި (ރ) އާ ޢަދަދުތައް އެއްގޮތްވާ ގޮތުގެމަތިން، ޓެކްސް އަހަރެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި، ހަމައެކަނި އާމްދަނީއެއް ހޯދުމުގެ މަޤްޞަދުގައި އެ އަހަރަކު ހިނގާފައިވާ ޚަރަދެއް ފިޔަވައި އެހެން އެއްވެސް ޢަދަދެއް ހިސާބުކުރުމުން އުނިކުރެވިގެން ނުވާނެއެވެ.

18HN2މިމާއްދާގައި ބަޔާންކުރާ ޢާންމު ހަމައަކީ (general principle) ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބު ކުރުމުގައި އެއްވެސް ޢަދަދެއް ހިސާބުކުރުމުން އުނިކުރެވިގެން ނުވުމެވެ. މި ޢާންމު އުޞޫލަށް ހަމައެކަނި އޮތް އިސްތިސްނާ (exception) އަކީ، "ހަމައެކަނި އާމްދަނީއެއް ހޯދުމުގެ މަޤްޞަދުގައި އެއަހަރަކު ހިނގާފައިވާ ޚަރަދެއް ފިޔަވާ" އެވެ. ޓެކްސް ހިސާބު ކުރުމުގައި، އެއްވެސް ޢަދަދެއް އުނިކުރާނަމަ، އުނިކުރަންޖެހޭނީ މި އިސްތިސްނާގެ ދަށުންނެވެ. އެއީ، އުނިކުރަން އެދޭ ޚަރަދު ވާންޖެހޭނީ، ހަމައެކަނި އާމްދަނީއެއް ހޯދުމުގެ މަޤްޞަދުގައި ކުރެވުނު ޚަރަދަކަށެވެ. އާމްދަނީއެއް ހޯދުމުގެ މަޤްޞަދުގެ އިތުރުން އެނޫންވެސް އިތުރު އެހެން މަޤްޞަދުތަކެއް އެޚަރަދުގެ ތެރޭގައި ހިމެނިގެންވާނަމަ، އެއީ ޓެކްސްނެގުމުގެ ޤާނޫނުގެ ބޭނުމަށް ހަމައެކަނި އާމްދަނީއެއް ހޯދުމުގެ މަޤްޞަދުގައި ކުރި ޚަރަދެއްކަމުގައި ނުބެލެވޭނެއެވެ.

19ވީމާ، ކުންފުންޏަކުން ނުވަތަ ވިޔަފާރިއަކުން ނުވަތަ އެނޫންވެސް ފަރާތަކުން، އާމްދަނީއެއް ހޯދުމަށް ކުރާ ކޮންމެ ޚަރަދަކީ ޓެކްސް ހިސާބުކުރުމުގައި އޮނު ކުރުން ހުއްދަވާ އިސްތިސްނާ ގެ ތެރެއަށް ފެތޭ ޚަރަދެއް ކަމުގައި ނުވެދާނެއެވެ. ހުށަހެޅިފައިވާ މައްސަލައިގައި I&T ގެ ފަރާތުން ދެއްކި ވާހަކަތަކުން ދޭހަވަނީ އާމްދަނީއެއް ހޯދުމުގެ މަޤްޞަދުގައި އެޚަރަދު ކޮށްފިނަމަ، ކުންފުނީގެ ޓެކްސްނެގޭ ފައިދއިނާ އެޢަދަދު އުނިކޮށް ހިސާބު ކުރުމުން ނިކުންނަ ޖުމްލަ ޢަދަދަކީ އެކުންފުންޏަށް ލިބިފައިވާ ޖުމްލަ އާމްދަނީގެ ޢަދަދުކަމަށެވެ. ވީމާ ބީ.ޕީ.ޓީ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ބުނާ އެއްޗެއް މުހިންމެވެ.

20ބީ.ޕީ.ޓީ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި އޮތް "ހަމައެކަނި އާމްދަނީއެއް ހޯދުމުގެ މަޤްޞަދުގައި" ނުވަތަ ”exclusively for the purpose of earning a profit (wholly and)“ ކަމަށް ބުނާ ވާހަކައަކީ، އުނިކުރަން އެދޭ ޚަރަދުގައި ތިން ކަމެއް ފުރިހަމަ ވެއްޖައުމަށް ދާންދެން އެ ޚަރަދަކީ ޓެކްސް ހިސާބު ކުރުމުގެ ބޭނުމަށް އުނި ނުކުރެވޭނެ ޢަދަދެއް ކަމަށް ވުމެވެ. އެއީ ؛

1.20 އެ ޚަރަދަކީ އެކުގައި (wholly) އެ އާމްދަނީ ހޯދުމަށް ހިނގި ޚަރަދެއްކަމުގައިވުން؛ އަދި

2.20 އެޚަރަދަކީ ހަމައެކަނި (exclusively) އެ އާމްދަނީއެއް ހޯދުމަށް ހިނގި ޚަރަދެއް ކަމުގައިވުން؛

3.20 އަދި އެޚަރަދު ތައް ހިނގާފައިވަނީ އެއާމްދަނީ ހޯދުމުގެ މަޤްޞަދުގައި of (for the purpose )earning a profit ކަމަށް ވުން. މިއެވެ.

21މަތީގައިވާ ކަންކަމަށް ބެލުމުން، ބީ.ޕީ.ޓީ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ ދަށުން އުނިކުރަން އެދޭ ޚަރަދަކީ، އެކުގައި (wholly) އެ އާމްދަނީއެއް ހޯދުމަށް ޙިއްޞާކުރެވުނު ޚަރަދެއް ކަމުގައި ވާންޖެހޭކަން އެނގެއެވެ. އެޚަރަދުގެ ތެރޭގައި އެހެންކަމެއްގެ މައްޗަށް އެ ޚަރަދުން ބައެއް ހިންގައި ޙިއްސާއެއްކޮށްފިނަމަ، ބީ.ޕީ.ޓީ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ބުނާ ޝަރުޠު ފުރިހަމައެއް ނުވާނެއެވެ. އެހެން ޢިބާރާތަކުން ބުނާނަމަ، ހަމައެކަނި އެ އާމްދަނީ ހޯދުމުގެ ގޮތުން ފިޔަވައި އެހެން ކަމެއްގެ މައްޗަށް އުނިކުރަން އެދޭ ޚަރަދުން ޙިއްޞއެއާ ހިމެނިފައި އޮވެއްޖެނަމަ، ބީ.ޕީ.ޓީ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ ދަށަށް އެޚަރަދެއް ނުފެތޭނެއެވެ.

22ހަމައެހެންމެ، އުނިކުރަން އެދޭ ޚަރަދަކީ ހަމައެކަނި (exclusively) އެ އާމްދަނީއެއް ހޯދުމަށް ހިންގި ޚަރަދެއް ކަމުގައި ވާންޖެހެއެވެ. މިސާލަކަށް އާމްދަނީއެއް ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން ބޭރު ޤައުމަކަށް ކުރާންޖެހުނު ދަތުރެއްގައި، އަނބިމީހާ ބައިވެރި ކުރަނީ އޭނާއާއެކު ޗުއްޓީއެއްވެސް ހޭދަކޮށްލުމަށް ކަމަށް ވެއްޖެނަމަ، އެ ދަތުރާއި ގުޅިފައިވާ ޚަރަދުތަކަކީ ހަމައެކަނި އާމްދަނީއެއް ހޯދުމަށް ކުރި ޚަރަދުތަކެއް ކަމުގައި ބަލައި އުނި ކުރެވިދާނެ ޢަދަދެއް ނޫނެވެ. ސަބަބަކީ އެއީ ހަމައެކަނި (exclusively) އާމްދަނީ ހޯދުމާއި ގުޅިފައިވާ ދަތުރެއްގެ ޚަރަދެއް ކަމުގައި ނުވެއެވެ. އެ ދަތުރުގެ ޚަރަދުތަކުގެ ތެރޭގައި އަނބިމީހާއާއެކު ޗުއްޓީވެސް ހޭދަކޮށްލނު ހިމެނޭތީ، މިއީ ދެ މަޤްޞަދެއް އޮވެގެން ކޮށްފައިވާ ދަތުރއްކަނެ ސާފުވެއެވެ. މި ޙާލަތުގައި، ބީ.ޕީ.ޓީ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޝަރުޠު ފުރިހަމައެއް ނުވެއެވެ. ވީމާ ހަމައެކަނި އާމްދަނީއެއް ހޯދުމުގެ އިތުރުން އެހެން ކަންތައްތަކެއްގެ މައްޗަށް އެޚަރަދު ހިމެނިފައި އޮވެއްޖެނަމަ، އެޚަރަދަކީ އުނިކުރެވޭނެ ޚަރަދެއް ނޫނެވެ.

23ހަމައެއާއެކު އުނިކުރަން އެދޭ ޚަރަދު ކުރި މަޤްޞަދު ވާންޖެހޭނީ ހަމައެކަނި އެންމެ މަޤްޞަދަކަށެވެ. އެއީ، އާންމަދަނީއެއް ހޯދުމަށް )earning a profit (for the purposes of ކުރާ ޚަރަދަކަށެވެ. އެޚަރަދު ކުރި ބޭނުމުގެ ތެރޭގައި އެހެން މަޤްޞަދެއް އޮވެއްޖެނަމަ ނުވަތަ އެހެން ބޭނުމެއް އޮވެއްޖެނަމަ، ބީ.ޕީ.ޓީ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޝަރުޠު ފުރިހަމައެއް ނުވާނެއެވެ. މިސާލަކަށް މުނިފޫހި ފިލުވުމުގެ ހަފްލާތައް ބާއްވާ ފަރާތަކުން، އެކަންކުރާ މަޤްޞަދަކީ އާމްދަނީއެއް ހޯދުމުގެ އިތުރުން ހިލޭސާބަހަށް މަސައްކަތްކުރާ ކޮންމެވެސް ބަޔަކަށް އޭގެން ހައިރާތެއް ކުރާންކަމަށްވެއްޖެނަމަ، އެއީ ހަމައެކަނި އާމްދަނީއެއް ހޯދުމުގެ މަޤްޞަދުގައި ހިންގާ ޚަރަދެއް ކަމުގައި، ބީ.ޕީ.ޓީ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް ނުބެލޭނެއެވެ.

24ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި، ޚަރަދެއްގެ ގޮތުގައް ޢަދަދެއް އުނިކުރެވޭނެ ކަމަށް ބީ.ޕީ.ޓީ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޤާނޫނީ ހަމައަކީ މަތީގައި ބަޔާންކުރެވުނު ހަމައެވެ. އުނިކުރަން އެދޭ ޚަރަދުގެ މައްޗަށް މި އަކުރުގައި ބަޔާންކުރާ އުޞޫލު ހިނގާންޖެހޭނީ މިދެންނެވި އުޞޫލީ ހަމަތަކުގެ މަތިންނެވެ. ވީމާ، އާންމުދަނީއެއް ހޯދުމުގެ މަޤްޞަދުގައި ކުރި ޚަރަދެއް ކަމަށް ސާބިތުވުމަކީ މިދެންނެވި ހަމަތަކާއި ޚިލާފަށް ޓެކްސް ބިނާ ކުރެވޭ ފައިދާ ހިސާބު ކުރުމުން ޢަދަދެއް އުނިކުރެވޭނެ ސަބަބެއް ނޫނެވެ. I&T އިން ބަޔާންކުރާ ލޯނުތައް:

25މި މައްސަލައިގައި ބަޔާންކުރާ ލޯނުތަކަކީ، I&T އިން ހަމައެކަނި އާމްދަނީ ހޯދުމުގެ މަޤްޞަދުގައި ތަރައްޤީކުރާ ރިޒޯޓްގެ ބިން ހިއްކުމަށް މީރާއިން ޤަބޫލުކުރާ ބޭންކަކުން ނެގި ލޯނު ތަކެއްކަމަށް I&T އިން ބުނެއެވެ. އެހެންވެ، އެލޯނުތަކުގެ އިންޓަރެސްޓް %6 އުނި ކުރެވެންޖެހޭނެ ކަމަށް I&T އިން ދެކެއެވެ. ނަމަވެސް، މީރާގެ އޮޑިޓުން ހާމަވީ، މިއީ ނަގާފައިވާ ލޯނު ތަކަކަށްވުރެ ބޮޑަށް ގުޅުން ހުރި ފަރާތްތަކެއްގެ މެދުގައި ކޮށްފައިވާ މުޢާމަލާތެއް ކަމަށެވެ. މީރާއިން ބަޔާން ކުރަނީ މިމުޢާމަލާތ ހިންގާފައިވަނީ ގުޅުން ނެތްފަރާތްތަކެއްގެ މެދުގައި ހިންގާނެ މުޢާމަލާތެއް ފަދައިންނެއް ނޫނެވެ. ނުވަތަ އާމްސް ލެންތގެ އުޞޫލަކުން ނޫނެވެ.

26އެކަން ބަޔާންކުރަމުން މީރާއިން ބުނެފައިވަނީ، I&T ގެ މޖޭ ރ ޝެއަރ ހޯލްޑަރ އީވޭލޯ، ރަންދެލި ރިސޯޓް ތަރައްޤީ ކުރުމަށް 2009 ވަނަ އަހަރުން ފެށިގެން ފަންޑުކުރަން ފަށާފައިވާ ކަމަށެވެ. މިފަންޑިންނާއި ގުޅިގެން I&T ގެ ހިސާބުތައް ހެދުމުގައި ބަޔާންކުރަނީ އެފަންޑިނު ގ އކަ އިންޓަރެސްޓަކާއި ނުލައި އިވޭލޯ އަށް އަނބުރާ ދައްކަންޖެހޭ ފަންޑިންގ އެއް ކަމަށެވެ. އަދި އެފަންޑިންގ ނުވަތަ ޝެއަރހޯލްޑަރގެ އަތުން ބޮރޯ ކުރި ފައިސާ އަކީ I&T ގެ ޙިއްޞާދާރުންގެ އިކުއިޓީ ކަމުގައިވެސް ބަޔާންކޮށްފައިވާ ކަމަށެވެ. މިގޮތުން، 2010، 2011 އަދި 2012 އާ ހަމައަށް އިވޭލޯ ކޮށްދިން ފަންޑު، ހިސާބުތަކުގައި ބަޔާންކޮށްފައިވަނީ “amount due to director: Mr. Ivaylo…” މިފަދައިން ކަމަށެވެ.

27މިކަންކަމަށް ބަލާއިރު، 2013 ވަނަ އަހަރު ފެށުނުއިރު، 91،543،720$ (ނުވަދިހަ އެއްމިލިޔަން ފަސްލައްކަ ސާޅީސް ތިންހާސް ހަތްސަތޭކަ ވިހި އެމެރިކާ ޑޮލަރު) “amount due” ގެ ގޮތުގައި އިވޭލޯއަށް ދައްކަން އޮތްކަން ހިސާބުތަކުން ދައްކައެވެ. އަދި 2013 ވަނަ އަހަރު 39،105،963$ (ތިރީސް ނުވަ މިލިޔަން އެއްލައްކަ ފަސްހާސް ނުވަސަތޭކަ ފަސްދޮޅަސް ތިން އެމެރިކާ ޑޮލަރު) ގެ ފަންޑިން އިވޭލޯ ކޮށްދިންކަން އެނގެއެވެ. ވީމާ، 2013 ވަނަ އަހަރުގެ ތެރޭގައި، އިވޭލޯއަށް I&T އިން “amount due” ގެ ގޮތުގައި، 130,649,683$ (އެއްސަތޭކަ ތިރީސްމިލިޔަން ހަސަތޭކަ ސާޅީސްނުވަހާސް ހަސަތޭކަ އަށްޑިހަތިން އެމެރިކާ ޑޮލަރު) އޮންނާނެކަން އެނގެއެވެ.

28މިހާހިސާބުން، އިވޭލޯ ގެ ފަރާތުން ރިޒޯޓް ތަރައްޤީ ކުރުމަށް ދިން ފަންޑިންގެ ތަފްޞީލު ހިސާބުތަކުގައި ބަޔާންކޮށްފައި ވަނީ ؛ USD USD Opening balance as at 1 January 91,543,720 45,607,530 Fund received 39,105,963 45,936,190 Amount transferred to loan (101,189,377) _ Closing balance as at 31 December 29,460,306 91,543,720

29މި ހިސާބުތަކުގައި “amount transferred to loan” ގެ ގޮތުގައި ބަޔާންކޮށްފައި މި އޮތް $101,189,377 (އެއްސަތޭކަ އެއްމިލިޔަން އެއްސަތޭކަ އަށްޑިހަނުވަހާސް ތިންސަތޭކަ ހަތްދިހަހަތް އެމެރިކާ ޑޮލަރު) ގެ ޢަދަދަކީ، އިވޭލޯއަށް އިސްތިއުނާފުކުރާ ފަރާތުން ދައްކަންޖެހިފައި އޮތް 130,649,683$ (އެއްސަތޭކަ ތިރީސްމިލިޔަން ހަސަތޭކަ ސާޅީސްނުވަހާސް ހަސަތޭކަ އަށްޑިހަތިން އެމެރިކާ ޑޮލަރު) ގެ ތެރެއިން ޓްރާންސްފަރ ކުރެވުނު ޢަދަދެއްކަން އެހިސާބުތަކަށް ބެލުމުން ބުރަވެވެއެވެ. ސަބަބަކީ، ކްލޯސިންގ ބެލެންސްގެ ގޮތުގައި ހިމަނާފައިވާ 29,460,306$ (ނަވާވީސްމިލިޔަން ހަތަރުސަތޭކަ ފަސްދޮޅަސްހާސް ތިންސަތޭކަ ހަ އެމެރިކާ ޑޮލަރު) މި ޢަދަދަކީ، 130,649,683$ (އެއްސަތޭކަ ތިރީސްމިލިޔަން ހަސަތޭކަ ސާޅީސްނުވަހާސް ހަސަތޭކަ އަށްޑިހަތިން އެމެރިކާ ޑޮލަރު) މި ޢަދަދުން 101,189,377$ (އެއްސަތޭކަ އެއްމިލިޔަން އެއްސަތޭކަ އަށްޑިހަނުވަހާސް ތިންސަތޭކަ ހަތްދިހަހަތް އެމެރިކާ ޑޮލަރު) މިޢަދަދު އުނިކުރުމުން އަންނަ ނަތީޖާ ކަމަށް ވާތީއެވެ. ސުވާލަކީ، ލޯނުގެ ގޮތުގައި މި ޓްރާންސްފަރ ކުރި ފައިސާ ދިޔައީ ކޮންތާކަށްހެއްޔެވެ؟ I&T Management Private Limited, Notes to Financial Statements, Year ended 31 December 2013, 17

302013 ވަނަ އަހަރު އިސްތިއުނާފުކުރާ ފަރާތުން ނެގި ލޯނުގެ ގޮތުގައި ބަޔާންކޮށްފައިވާ ޢަދަދަކީ 101,189,377$ (އެއްސަތޭކަ އެއްމިލިޔަން އެއްސަތޭކަ އަށްޑިހަނުވަހާސް ތިންސަތޭކަ ހަތްދިހަހަތް އެމެރިކާ ޑޮލަރު) އެވެ. މިޢަދަދަކީ ކުރިން ބަޔާންކުރި ލޯނުގެ ގޮތުގައި ޓްރާންސްފަރ ކުރި ކަމަށް ބަޔާންކުރާ ޢަދަދާއި އެއްވަރުގެ ޢަދަދެކެވެ. “Interest bearing loans and borrowing” މިހެން ބަޔާންކޮށް، 2013 ވަނަ އަހަރުގެ ތެރޭގައި ނެގި މި ލޯނާއިބެހޭ ގޮތުން ފައިސާގެ ހިސާބުތަކުގައި ބަޔާން ކޮށްފައިވަނީ ؛ “This loan was obtained from Santa Fe Limited, a related party, to finance Randheli Island resort project. The total facility of this loan is USD 102,263,000/-. The interest agreed for the facility is 6% per annum. As at end of the reporting date, the Company has drawn full amount of this loan. The repayment period of the loan is 19 years starting from October 2014 and the loan has to be repaid in 19 annual instalments in the following manner; No.of Instalment value Total repayment Period installment USD USD October 2014 to October 2031 18 5,324,869 95,847,634 November 2031 to October 2032 1 5,341,742 5,341,742 19 101,189,377 The following securities have been maintained in respect of above loans: I.All head leasehold rights over the Island Randheli. II.All the assets and the inventories of the resort.

31ވީމާ، މި ހިސާބުތަކަށް ބެލުމުން، ލޯނުގެ ގޮތުގައި ޓްރާންސްފަރ ކުރި ޢަދަދުކަމަށް ދައްކާ ޢަދަދާއި އެއްވަރުގެ ޢަދަދެއް ސަންޓަރ ފ ލިމިޓެޑުން %6 އިންޓަރެސްޓާއިއެކު ލޯނެއްގެ ގޮތުގައި I&T އަށް ނެގި ކަމަށް ބަޔާންކޮށް، ހަމަ އެފައިސާ އިވޭލޯ ކޮށްދިން ފަންޑު އަނބުރާ ދެއްކުމުގެ ގޮތުން ބޭނުންކޮށްފައި ވަނީކަމަށް ބުރަވެވެން އޮވެއެވެ.

32ހުށަހެޅުނު ލިޔުންތަކުން އެނގޭ ގޮތުގައި، I&T ގެ މޭޖަރ ޝެއަރހޯލްޑަރަކީ އިވޭލޯ ކަމަށް ވާއިރު، އިވޭލޯގެ ފަރާތުން ރިޒޯޓް ތަރައްޤީ ކުރުމަށް ކުރި ފަންޑުން ބައެއް ލޯނުގެ ގޮތުގައި ޓްރާންސްފަރ ކޮށްފައި މިވަނީ I&T Management Private Limited, Notes to Financial Statements, Year ended 31 December 2013, 14 ލިޔުންތަކުން އެނގޭ ގޮތުގައި އިވޭލޯގެ މަސްލަޙަތު އޮތް ސަންޓަރ ފ ލިމިޓެޑް ކިޔާ ކުންފުންޏަކަށެވެ. ސަންޓަރ ފ ލިމިޓެޑުން މި ކުރިކަމަކީ، ލޯނުގެ ގޮތުގައި ޓްރާންސްފަރ ކުރިކަމަށް I&T ގެ ހިސާބުތަކުން ދައްކާ ފައިސާ 6% އިންޓަރެސްޓާއެކު އަނެއްކާ I&T އަށް ދިނުމެވެ. އިވޭލޯ ކުރި ފަންޑު އަނބުރާ ދެއްކީ މި ލޯނުން ކަމަށް I&T އިން ބުނެއެވެ.

33މީގެ އިތުރުން ސަންޓަރ ފ ލިމިޓެޑުން I&T އަށް އެއަހަރަ ހޯދި ޓާރމް ލޯނުގެ ގޮތުގައި ބަޔާންކުރާ ޢަދަދަކީ، (loan obtained during the year) ކުރިން ބަޔާންކުރި ޓްރާންސްފަރ ކުރި ޢަދަދާއި އެއްވަރުގެ ޢަދަދެކެވެ. އެއީ، 101,189,377$ (އެއްސަތޭކަ އެއްމިލިޔަން އެއްސަތޭކަ އަށްޑިހަނުވަހާސް ތިންސަތޭކަ ހަތްދިހަހަތް އެމެރިކާ ޑޮލަރު) އެވެ. ނަމަވެސް، “This loan” އޭ ބަޔާންކޮށް އެލޯނުގެ ޖުމްލައިގެ ތަފްޞީލު ދެމުން ބަޔާން ކޮށްފައިވަނީ، .)-(The total facility of this loan is USD 101,263,000/ މި ޢަދަދެވެ. ވީމާ، ސަންޓަރ ފ ލިމިޓެޑުން ލޯނެއް ނެގި ނަމަވެސް އެޢަދަދު ވާނީ، ލޯނުގެ ގޮތުގައި ޓްރާންސްފަރ ކުރި ކަމަށް ބަޔާންކުރާ ޢަދަދު ނެގިކަމަށް ބުނާ ލޯނުގެ ޢަދަދު ން އުނިކުރުމުން، ބާކީ އޮންނަ 73,623$ (ހަތްދިހަތިންހާސް ހަސަތޭކަ ތޭވީސް އެމެރިކާ ޑޮލަރު) ކަމަށް ބެލެވެއެވެ. ވީމާ، ނެގި ކަމަށް ބަޔާންކުރާ ލޯނުގެ މިންވަރާއި ލޯނުގެ ގޮތުގައި ޓްރާންސްފަރ ކުރި ކަމަށް ބަޔާން ކުރާ މިންވަރުގައި މިއުޅޭ ތަފާތު އެގޮތުގައި ދައްކާތީ، ހަމަ އަސްލުވެސް ލޯނެއް ނެގީކަން ސާފުކޮށް ދިނުމަށްޓަކައި ހާމަކޮށް ބަޔާންކޮށްދޭންޖެހޭ ކަންތައްތަކެއް ވާކަމަށް ދެކެމެވެ.

34I&T އިން ބަޔާންކުރާ ގޮތުން، ސަންޓަ ފ ޓްރޭޑިންގ ލިމިޓެޑް މެދުވެރިކޮށް، I&T އަށް ނެގި މިލޯނަކީ ރަންދެލި ތަރައްޤީ ކުރުމަށް އިވޭލޯ ކުރި ފަންޑު އަނބުރާ ދެއްކުމަށް ބޭނުންކުރި ލޯނެކެވެ. ސ ވާލަކީ، ރަންދެލި ތަރައްޤީ ކުރުމަށް I&T ގެ މޭޖަރ ޝެއަރހޯލްޑަރ އިވޭލޯ ކުރި ފަންޑު އަނބުރާ ދެއްކުމަށް ލޯނެއް ނެގި ނަމަ، ޓެކްސް ނެގުމުގެ ބޭނުމަށް އެލޯނު ވާނީ ރަންދެލި ތަރައްޤީ ކުރުމަށް ނެގި ލޯނެއް ކަމުގައި ތޯ ނުވަތަ އެއީ ރަންދެލި ތަރައްޤީ ކުރުމަށް މޭޖަރ ޝޭއަރހޯލްޑަރ ކުރި ފަންޑު އަނބުރާ ދެއްކުމަށް ނެގި ލޯނެއް ކަމުގައި ތޯއެވެ؟

35HN3ވަރަށް ސާފުކޮށް I&T އިން ބަޔާން ކޮށްފައިވަނީ މި ލޯނަކީ އިވޭލޯ ކުރި ފަންޑު އަނބުރާ ދެއްކުމަށް ނެގި ލޯނެއް ކަމަށެވެ. އިވޭލޯ ކުރި ފަންޑުން ކުރިކަމަކީ ރަންދެލި ތަރައްޤީ ކުރުން ކަމަށްވާތީ، މި ލޯނު ޙަޤީޤަތުގައި ބޭނުން ކުރެވިފައި އެވަނީ ރަންދެލި ތަރައްޤީ ކުރުމަށް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކެއެވެ. ކަންއޮތީ އެހެން ކަމަށް ވެދާނެއެވެ. ނަމަވެސް އެ ލޯނަކީ ބީ.ޕީ.ޓީ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ހަމައެކަނި އާމްދަނީއެއް ހޯދުމުގެ މަޤްޞަދުގައި ނެގި ލޯނެއް ނޫންކަން I&T ގެ މިވާހަކަތަކުން ސާފުވެއެވެ.

36ބަހުޘްގެ ބޭނުމަށް I&T އިން ބުނާ ބުނުމާއި އެއްގޮތަށް ކަންކަން ހުރި ކަމަށް ބަލައިގެން، މިލޯނު ފައިސާ އިސްތިއުނާފުކުރާ ފަރާތުގެ ފައިސާގެ ހިސާބުތަކުގައި ދައުރުކޮށްފައިވާ ގޮތަށް ބަލާއިރު، މި ލޯނު ފައިސާ ހިމަނާފައިވަނީ ހަމައެކަނި ލޯނެއްގެ ގޮތުގައި ނޫންކަން ސާފުވެއެވެ. ސަބަބަކީ ފައިސާގެ ހިސާބު ތަކުގައި ބަޔާންކުރާ (Capital management) މި ބައިގައި ބަޔާން ކުރަނީ ؛ “Capital includes the ordinary share capital, interest bearing loans from shareholders and accumulated reserves. The Company’s objective is to maintain a healthy capital ratio in order to support the business and maximize the shareholder value. The Company monitors capital based on the total debt equity ratio, which is total debt divided by total shareholders’ equity. The debt to equity ratio as at 31 December are as follows: USD USD Trade and other payables 17,030,086 14,741,928 Total shareholders' equity (including shareholders loans) 104,830,101 106,436,711 Debt to equity ratio 16% 14% I&T Management Private Limited, Notes to Financial Statements, Year ended 31 December 2017.19

37މިހިސާބުތަކަށް ބަލާއިރު، އިވޭލޯ ކޮށްދިން ފަންޑު އެއީ I&T އިން ބަޔާންކުރާ ލޯނު މެދުވެރިކޮށް އަނބުރާ ދެއްކި ފައިސާއެއް ކަމަށް ބެލިނަމަވެސް، ޝެއަރހޯލްޑަރުންގެ އަތުން ލޯނުގެ ގޮތުގައި ނުވަތަ އަނބުރާ ދައްކާ ގޮތަށް ހޯދި ފަންޑުގެ ބޭނުން ކޮށްފައިވަނީ ހަމައެކަނި ރަންދެލި ތަރައްޤީ ކުރުމަށް ނޫންކަން ސާފުވެއެވެ. އޭގެ އިތުރުން ޝެއަރހޯލްޑަރުންގެ އިކުއިޓީގެ ތެރޭގައިވެސް އެފަންޑު ހިމަނާފައިވާކަން އެނގެއެވެ. އިވޭލޯ ކޮށްދިން ފަންޑު I&T ގެ ހިސާބުތަކުގައި ހިމަނާފައިވަނީ، “shareholder’s equity” ގެ ގޮތުގައި ކަމަށް މީރާއިނަ ބަޔާނކުރް ސަބަބަކީ އެގޮތަށް ހިސާބުތަކުގައި ބަޔާން ކުރާތީއެވެ. ޝެއަރހޯލްޑަރުން އަނބުރާ ދައްކާގޮތަށް ދަރަނީގެ ގޮތުގައި ނުވަތަ ލޯނުގެ (debt equity) ގޮތުގައި ކޮށްދޭ ފަންޑު ހިސާބުތަކުން އެއީ ޙިއްސާދާރުންގެ އިކުއިޓީގެ ގޮތުގައި ހިމަނަނީ ބޭނުމެއް ގައެވެ. އެއީ ބޭނުމެއްނެތި ކުރާކަމެއް ނޫނެވެ. އޭގެ އެއްބޭނުމަކީ، ކުންފުންޏަކީ ދަރަނި ދެއްކުމުގެ ޤާބިލުކަމާއި ކުޅަދާނަކަން ހުރި ކުންފުންޏެއްކަން ދަރަނީގެ ގޮތުގައި ފައިސާދޭ އެހެން ފަރާތްތަކަށް ދެއްކުމުގެ ބޭނުމެވެ. ހިސާބުތަކުގައި އެކަން ބަޔާން ކޮށްފައިވަނީ، “The company’s objective is to maintain a healthy capital ratio” މިފަދައިންނެވެ.

38މިގޮތަށް ޢަމަލު ކުރުމުގެ ސަބަބުން، I&T މާލީ ހާލަތގު ވަރުގަދަކަން ދައްކުވައިދީ ދަރަންޏަށް ޒިންމާވުމުގެ ޤާބީލުކަން ނުވަތަ ދަރަނި ދެއްކުމުގެ ކުޅަދާނަކަން %12 އާއި %16 އާ ދެމެދު ހިފެހެއްޓިފައިވާކަން ބަލާމީހުންނަށް ފެންނާން އޮވެއެވެ. ނަމަވެސް ޙަޤީޤަތަކީ އިވޭލޯ ކޮށްދިން ފަންޑު އެއީ އަނބުރާ ދައްކަންޖެހޭ ފައިސާއެއްގެ ގޮތުގައި ނުވަތަ ދަރަންޏެއް (debt) ގެ ގޮތުގައި ބަޔާން ކުރިނަމަ، ކުންފުނީގެ ދަރަނި ދެއްކުމުގެ ކުޅަދާނަކަން ނުވަތަ ގިއަރ ރޯޝިއޯ %100 އަށްވުރެ މަތިވެގެން ދާ ކަން އެނގެން އޮތުމެވެ.

39ވީމާ، ބަހުޘްގެ ބޭނުމަށް I&T އިން ބަޔާންކުރާ ގޮތަށް ފަސްޓް އިންވެސްޓްމެންޓް ބޭންކުން، ސަންޓަ ފ ޓްރޭޑިންގ ލިމިޓެޑާއި ސޭންޑީކޭ މާކެޓިންގ ލިމިޓެޑް މެދުވެރިކޮށް، %6 ގެ އިންޓަރެސްޓްއާއެކު ލޯނުތަކެއް ނެގިކަމަށް ބަލައިގެން ކުރިއަށް ދާން ބަލާއިރު، އެލޯނުގެ ފައިސާ ބޭނުން ކޮށްފައިވަނީ I&T ގެ މޭޖަރ ޝެއަރހޯލްޑަރ އިވޭލޯ ރަންދެލި ރިޒޯޓް ތަރައްޤީކުރުމަށް ކުރި ފަންޑު އަނބުރާ ދެއްކުމަށް ކަމަށް I&T އިން ބުނާ ބުނުން ދިމާލެއް ނުވެއެވެ. އިވޭލޯ ކޮށްދިން ފަންޑުގެ ބޭނުން ކޮށްފައިވަނީ ހަމައެކަނި އާމްދަނީ ހޯދުމުގެ މަޤްޞަދުގައި ރަންދެލި ރިޒޯޓް ތަރައްޤީ ކުރުމަށް ކަމަށް I&T އިން ބުނިނަމަވެސް، I&T ގެ ހިސާބުތަކުގައި، ޝެއަރހޯލްޑަރުންގެ އަތުން ހޯދި ލޯނު ނުވަތަ ފަންޑު “shareholder’s equity” ގެ ގޮތުގައި ހިމަނާފައިއޮތްކަން އެނގެއެވެ. ވީމާ، I&T އިން ބަޔާންކުރާ ލޯނު ފައިސާއިން އިވޭލޯ ކޮށްދިން ފަންޑު އަނބުރާ ދައްކާއިރު އެދެއްކެނީ، ޝެއަރހޯލްޑަރުންގެ އަތުން ނެގި ލޯނު އިކުއިޓީގެ ގޮތުގައި ހިސާބުތަކުގައި ހިމަނަމުން އައި ފަންޑާއި އެކުގައެވެ. އެހެން ގޮތަކަށް ބުނާނަމަ، އިވޭލޯ ކޮށްދިން ފަންޑުން ބޭނުން ކޮށްފައިވަނީ ހަމައެކަނި ރަންދެލި ރިޒޯޓް ތަރައްޤީކުރުމުގެ މަސައްކަތެއް ނޫނެވެ. އޭގެ އިތުރުން، އެފަންޑު ބޭނުންކޮށްގެން، ކުންފުނީގެ ޑެޓް ޓު އިކުއިޓީ ރޭޝީއޯގެ ރަނގަޅުކަން ދައްކުވައިދީ އެހެން މަޤްޞަދެއްވެސް އެފަންޑުން ޙާޞިލުކޮށްފައި އޮތްކަން ސާފުވެއެވެ.

40މިމައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން ފެންނާން ހުރި މަތީގައި ބަޔާންކުރެވުނު ކަންކަމަށް ބަލާއިރު، މަދަނީ މިންގަނޑުން (balance of probability) ބުރަވެވެނީ މީރާގެ ފަރާތުން ކޮށްފައި އޮތް އޮޑިޓްގައި ބަޔާންކުރާ ކަންކަން އެގޮތުގައި ހުރި ކަމެވެ. އަދި ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ގޮތަށް، އިވޭލޯ އާއި ސަންޓަފެ ލިމިޓެޑާއި، ސޭންޑީ ކ ލިމިޓެޑާއި އަދި ފަސްޓް އިންވެސްޓްމެންޓް ބޭންކް އާއި ދެމެދު ހިންގާފައިވާ މުޢާމަލާތުތައް ބަޔާންކޮށްދެނީ، އެއީ ގުޅުންނެތްފަރާތްތަކެއްގެ މެދު ގައި ލޯނު ދޭ އުޞޫލުން ހިންގާފައިވާ މުޢާމަލާތުތަކެއް ނޫން ކަމެވެ. ކޮމާޝަލް ބޭންކަކުން، ފަހުން މޯގޭޖް ކުރާގޮތަށް މިލިޔަން ޑޮލަރުގެ ލޯނު ބޭންކުގެ އެތެރޭގެ ޕްރޮސީޖަރތައް ހުރިގޮތުން ކަމަށްބުނެ، ސީދާ ލޯނު ދެވެން ނެތް ތިންވަނަ ފަރާތަކަށް އެބަހީ I&T އަށް ލޯނު ދިނުމަށްޓަކައި ސަންޓަފޭ ލިމިޓެޑް އާއި ސޭންޑީކީ ޓްރޭޑިންގ ލިމިޓެޑް މެދުވެރިކޮށް މިލިޔަނުން ޑޮލަރު ހިމެނޭ މުޢާމަލާތެއް ލޯނުގެ ގޮތުގައި ކުރާނެކަމަށް ބުއްދި ސަލާމަތުން ހުރި މީހަކު ޤަބޫލު ކުރާނެކަމަކަށް ނުބެލެވެއެވެ. އެއީ ރިޒޯޓް ޑިވެލޮޕް ކުރުމުގެ ދާއިރާގައި ޢާންމުކޮށް ކަންކުރާ ގޮތްނަމަ އެކަން I&T ގެ ފަރާތުން ބުނާބުނުމަކަށްވުރެ ބޮޑަށް އެކަމުގައި ހެކި ހުށަހަޅަންޖެހޭނެ ކަމަށް ދެކެމެވެ.

41ބަޔާންވެދިޔަ ކަންކަން ހުރީ އެހެންކަމަށްވާތީ، ބީ.ޕީ.ޓީ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޝަރުޠު މއ ލޯނެއް ކަމަށް ބެލިނަމަވެސް، ފުރިހަމައެއް ނުވެއެވެ. ވީމާ، މި ލޯނަށް ދައްކަންޖެހޭ އިންޓަރެސްޓގް ގޮތުގައި ބަޔާންކޮށް ޚަރަދުގެ ތެރެއިން އުނި ކުރުމަށް އެދުނު ޢަދަދު، އުނި ނުކުރުމަށް މީރާއިން ނިންމާފައިވާ ނިންމުމަކީ ރނަ ގަޅު ނިންމުމެކެވެ. މީޑިއާ ނެޓް ޤަޟިއްޔާގައި ކަނޑައެޅި އުޞޫލު:

42I&T ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:2016/SC-A/23 (މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮޓޯރިޓީ) ޤަޟިއްޔާއަށް ޙަވާލާދީ ބުނެފައިވަނީ؛ "...ޤާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ ކިބައިން ޓެކްސް ނެގޭނީ ޤާނޫނެއްގެ ދަށުން ބަޔާންކޮށްފައި އޮތުމުންކަމަށް ކަށަވަރުކޮށްދޭ ކަމެއްގައި، ޤާނޫނުގައި ޓެކްސް ދައްކާ ފަރާތުގެ، އެބަހީ ރައްޔިތުންގެ މަސްލަޙަތާއި އެއްކޮޅަށް މާނަކުރެވެންހުރިކަންކަން މާނަކުރުމުގައި ބަލންވާނަ އެ ޖުމްލައިން ދޭހަވާ އާންމު މާނަ އެގޮތުގައި ދެމެހެއްޓުމަށެވެ. " މިފަދައިން ކަނޑައަޅާފައި އޮންނަ ކަމަށެވެ.

43HN5ޤާނޫނު މާނަކުރުމުގައި، ފުރަތަމަ ބަލަންޖެހޭ ހަމައަކީ ޤާނޫނުގެ ޢިބާރާތުން ނުވަތަ ޤާނޫނުގައި ބޭނުންކޮށްފައިވާ ބަހަކުން ދޭހަވާ ޢާންމު މާނަ (language rule) އަށް ކަމާމެދު ސުވާލެއް ނެތެވެ. މާނަ ކުރުމުގެ އެ ހަމަ ބޭނުން ކުރަންޖެހެނީ ވަކިބައެއްގެ މަސްލަޙަތު އިސްކުރުމަށްކަމަށް ބުރައެއް ނުވވެ އެވެ. ޓެކްސް ނެގުމުގެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:2016/SC-A/23 (މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮޓޯރިޓީ) ޤަޟިއްޔާ ގެ މައްސަލަތަކުގައި، ރައްޔިތުންގެ މަސްލަޙަތު އޮތް ގޮތް ބަޔާންކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ދިވެހިރާއްޖޭގައި ޓެކްސް ނެގުމުގެ ޤާނޫނުތައް ފާސްކުރަނީ ރައްޔިތުންގެ މަޖިލީހުން ކަމަށްވާތީ، ޓެކްސް ނެގުމުގައި ރައްޔިތުން ތަމްސީލުވެގެން ދެއެވެ. ޓެކްސް އަކީ ރައްޔިތުންގެ އަތުން ނަގައިގެން ރައްޔިތުންގެ މުހުތާދުތައް ފުރިހަމަ ކޮށްދިނުމަށްޓަކައި ކުރާ ކަމެކެވެ. ޓެކްސް ނެގުމުގެ ޤާނޫނުތައް މާނަކުރުމުގެ ތެރެއިން، އެއީ ހަމައެކަނި ފަގީރުންގެ އަތުންނެގޭ މުއްސަދިންނަށް މާޢާފުލިބޭ އެއްޗެއްގެ ގޮތުގައި ވެގެން ދިއުމަކީ ރައްޔިތުންގެ މަސްލަޙަތެއްކަމަށް ނުވާނެއެވެ.

44މިމައްސަލައިގައި I&Tގެ ފަރާތުން އުނިކޮށްދިނުމަށް އެދޭ އިންޓަރެސްޓްގެ ޢަދަދާއި އަދި ކެޕިޓަލް އެލަވަންސް އަކީ ބީ.ޕީ.ޓީ ޤާނޫނުގއަ ބަޔާންކުރާ ގޮތުން އުނި ނުކުރެވޭނެ ޢަދަދުތަކެވެ. ޤާނޫނު އެކަމުގައި ސާފެވެ. އެ ޢަދަދުތައް އުނިކުރެވޭނީ އެޤާނޫނާއި އެޤާނޫނުގެ ދަށުން ހަދާފައިވާ ބީ.ޕީ.ޓީ ޤަވާއިދުގެ ދަށުން ދީފައިވާ އިސްތިސްނާތަކުގެ ދަށުންނެވެ. ޚުޞޫމާތް އުފެދިފައިވަނީ މި އިސްތިސްނާތައް މާނަ ކުރުމުގައެވެ. ވީމާ ބަޔާންވެދިޔަ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ބަޔާންކުރާ؛ "...ޓެކްސް ދެއްކުމަކީ ރައްޔިތުން އުފުލަންޖެހޭ ތަކުލީފެއް ކަމުގައިވާއިރު، ޓެކްސް ނެގޭނެ ގޮތާއި ޓެކްސް ނެގޭނެ ޚިދުމަތްތަކާއި ތަކެއްޗާއި އަދި މިނޫންވެސް އެހެނިހެން ކަންކަމަކީ ރައްޔިތުންނަށް ފަހުމްވާނެ ފަދައިން ޤާނޫނެއްގައި ބަޔާން ކުރެވިފައި އޮންނަންޖެހޭ ކަންކަމެވެ... " މިއުޞޫލާއި އެއްގޮތަށް ބީ.ޕީ.ޓީ ޤާނޫނުގައި އުނިކުރެވޭނެ ޢަދަދުތައް އުނިކުރެވޭނެ އިސްތިސްނާ ޙާލަތްތައް ސާފުކޮށް ބަޔާން ކޮށްފައިވެއެވެ. ޤާނޫނުތައް ލިޔަ ންޖެހެނީ ސާދާ ބަހުން ނަމަވެސް، ޤާނޫނުތައް މާނަކުރުމާއި ތަރުޖަމާ ކުރުމަކީ އާންމު ރައްޔިތުންގެ ކިބައިގައި އޮތް ކަމެއް ނޫނެވެ. ޚާއްޞަކޮށް ޓެކްސްގެ ޤާނޫނުތަކަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:2016/SC-A/23 (މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮޓޯރިޓީ) ޤަޟިއްޔާ ގެ އެޤާނޫނުތައް ކިތަންމެ ސާދާ ބަހުން ލިޔެފައި އޮތްނަމަވެސް، އެކަމުގެ ފަންނީ ޢިލްމީ ފަރާތްތަކަށްވެސް އެޤާނޫނުތައް ކިޔައިދޭން ފަސޭހަ ޤާނޫނުތަކެއް ކަމުގައި ނުވެއެވެ.

45ޓެކްސް އާ ބެހޭ ޤާނޫނުތައް ކިޔާއިރު، ޓެކްސް ދައްކަންވާ ފަރާތުން އެޤާނޫނެއް ކިޔާނީ އެފަރާތުގެ މަސްލަޙަތާއި އެއްގޮތަށެވެ. އަދި ޓެކްސް ނަގާފަރާތުން އެ ޤާނޫނު ކިޔާނީ އެފަރާތުގެ މަސްލަޙަތާއި އެއްގޮތަށެވެ. އެހެންވެ، ޓެކްސް ނެގުމުގެ ޤާނޫނުތަކުގައި، ޓެކްސް ދެއްކުމުން އެއްކިބާވުން (tax avoidance) އާއި ޓެކްސް ދެއްކުމުން ރެކުން (tax evasion) ތަފާތު ކޮށްފައިވެއެވެ. މި ދެ ކަންތަކުގެ އަސާސީ ތަފާތަކީ ކުރިން ބަޔާންކުރި ކަންތަކަކީ ޤާނޫނާއި ޤަވާޢިދުގެ އިމުގެ ތެރެއިން ދެއްކެން އޮތް އެންމެ ކުޑަ މިންވަރެއް ޓެކްސްގެ ގޮތުގައި ޓެކްސް ދައްކާ ފަރާތުން ދެއްކުމަށް ކުރާ ކަންކަމެވެ. އެހެންކަމުން އެއީ ޤާނޫނީ ގޮތުން ޞައްޙަ ޢަމަލަކަށް ވެދާނެއެވެ. ނަމަވެސް ފަހުން މިބަޔާން ކުރި ކަމަކީ، ޣައިރުޤާނޫނީ ގޮތަކަށް ޓެކްސް ނުދައްކައި ފިލައިގެން ނުވަތަ ރެކިގެން ތިބުމެވެ. އެއީ އަދަބު ކަނޑައެޅިފައިވާ ކުށްތަކެކެވެ.

46ވީމާ، ޓެކްސް ދައްކާފަރާތުން، ޤާނޫނު ކިޔާ ގޮތަކުން، ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ މިންވަރު މަދުވުމާއި އުނިކުރަން ނުޖެހޭ މިންވަރެއް އުނިކުރުމާއި މިކަންކަން ޤާނޫނީ އިމުގެ ތެރެއިން ކުރިޔަސް، ޓެކްސް ނަގާފަރާތުން އެއީ ޤާނޫނީ ގޮތުން ކަން އޮތް ގޮތް ނޫންކަމަށް ބުނެ، އެކަން ރަނގަޅު ކުރަން އެންގުމަކީ ކުރެވޭނެ ކަމެކެވެ. ޓެކްސް ނަގާ ފަރާތުގެ އަސާސީ އެއްޒިންމާއަކީވެސް އެއީއެވެ. މިކަންކަމަށް ބަލާއިރު، ޓެކްސް އެޕީލް ޓްރައިބިއުނަލުން މިމައްސަލަ ނިންމިއިރު، މީޑިއާ ނެޓް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަކާއި ޚިލާފުވެފައި އޮތްކަމަށް ނުފެނެއެވެ. Dixi Dairy މައްސަލައާގުޅޭ:

47HN6I&T ގެ ފަރާތުން ބަޔާންކުރާ ގޮތުން، އެމެރިކާގެ އަލަބާގެ ޓެކްސް ކޯޓުން ނިންމާފައިވާ Dixi Dairy Corp v Commissioner މައްސަލައަކީ، "ލޯނެއް" ކަން ނުވަތަ ނޫންކަން ކަނޑައެޅުމަށް ބޭނުން ކުރެވިދާނެ އަސްލެއް ނޫނެވެ. ކުރިން ބަޔާންކުރިހެން، މިމައްސަލައިގައި، ޚުޞޫމާތް އުފެދިފައިވަނީ ލޯނެއްތޯ ނުވަތަ ނޫންތޯ ބަލަންޖެހޭނީ، އުނިކުރަން އެދޭ ޚަރަދކަ ބީ.ޕީ.ޓީ ޤާނޫނު އާއި ބީ.ޕީ.ޓީ ޤަވާޢިދުން ދީފައިވާ އިސްތިސްނާތަކަށް ފެތޭ ޚަރަދެއްތޯ ނުވަތަ ނޫންތޯ ބެލުމަށްފަހުގައެވެ. ލޯނެއް ކަމަށްވިޔަސް ނުވަތަ ލޯނެއް ކަމަށް ނުވިޔަސް އުނިކުރަން އެދޭ ޚަރަދު ޓެކްސްގެ ބޭނުމަށް ފައިދާ ހިސާބު ކުރުމުގައި އުނިކުރެވޭނީ ވަކި ޝަރުޠުތަކެއް ހަމަވެގެންކަން ކުރިން ބަޔާންކުރެވިއްޖެއެވ. ވީމާ މި ނުކުތާއާމެދު ވަކި އެއްޗެއް ބުނަންޖެހޭ ކަމަށް ނުދެކެމެވެ. ނަމަވެސް ކުރިން ޙަވާލާދެވުނެ މީޑިއާ ނެޓް ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ބަޔާން ކޮށްފައިވަނީ؛ " ދިވެހިރާއްޖޭގައި ޢަމަލުކުރަމުން އަންނަ ޓެކްސްއާ ގުޅޭ ޤާނޫނުތައް ފަދަ އެކި ޤާނޫނުތަކަކީ، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ބޭރުގެ ފަންނީ އެހީތެރިކަން ހޯދުމާއެކު އެކުލަވާލާ ބިލުތަކެކެވެ. މިފަދަ ބިލުތައް ބިނާވެގެންވަނީ ބައިނަލްއަޤުވާމީ "ބެސްޓް ޕްރެކްޓިސް" އ ޞޫލުތަކެއްގެ މައްޗަށެވެ.... " ވީމާ، ބޭރު ކަރައަކުން ނިންމާފައިވާ މައްސަލައެއް ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގެތެރެއިން ކޯޓުތަކަށް ބަލައިގަތުމުގައި އެމައްސަލައެއްގައި ބަޔާންކުރާ އުޞޫލީ ހަމައަކީ ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްގެ ތެރޭގައި ހިމެނޭ ގޮތްތޯ ނުވަތަ ނޫންތޯ ބަލައި ބަހުޘްކުރުން، ވަކި ތަނަކުން ނިންމާފައިވާ މައްސަލައެއް ދިވެހިރާއްޖޭގެ ކޯޓުތަކަށް ބަލައި ނުގަނެވޭނޭ ބުނެ ބަހުޘް ކުރުމަށްވުރެ މުހިންމުކަމަށް ދެކެމެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:2016/SC-A/23 (މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮޓޯރިޓީ) ޤަޟިއްޔާ ގެ ކެޕިޓަލް އެލަވަންސް އާގުޅޭ:

48HN7މިމައްސަލައިގައި ސުވާލު އުފައްދާ އަނެއް ކަމަކީ، ކެޕިޓަލް އެލަވަންސް ނުލިބޭނެކަމަށް މީރާއިން ނިންމި ނިންމުން ޤާނޫނާއި އެއްގޮތް ނޫންކަމަށް ބުނެ އުފައްދާ ސުވާލެކެވެ. މި ޤަޟިއްޔާއާއި ގުޅޭ މިންވަރުން، ކެޕިޓަލް އެލަވަންސާ ގުޅޭ ގޮތުން ބީ.ޕީ.ޓީ ޤާނޫނުގެ 11 ވަނަ މާއްދާގައި ބަޔާން ކުރަނީ؛ އުނިނުކުރެވޭ އެހެން 11 (ހ) މި ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ ޢާންމުކަން އުނިނުވާގޮތަށް، ޓެކްސް ޢަދަދުތައް އަހަރެއްގައި މީހެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި، ތިރީގައި ބަޔާންކުރެވޭ ޚަރަދުތަކެއް އުނިކުރުމަކަށް ހުއްދައެއް ނުދެވޭނެއެވެ. (2) ގަވާއިދެއްގެ ދަށުން ހުއްދަކޮށްފައިވާ ގޮތަކަށް މެނުވީ، ކެޕިޓަލް އެސެޓްއެއްގެ ފެންވަރު ރަނގަޅުކުރުމަށް ނުވަތަ އެއަށް އިތުރެއް ގެނައުމަށް، ނުވަތަ ބަދަލެއް ގެނައުމަށް ހިނގާ ޚަރަދުވެސް އެކުލެވޭ މާނައެއްގައި ކުރެވޭ ކެޕިޓަލް ޚަރަދު؛

49މިމާއްދާއަކީވެސް ނަފީގެ އުސްލޫބުން ބަޔާންކުރާ މާއްދާއެކެވެ. އެހެނީ ޚަރަދުތަކެއް އުނިކުރުމަށް ހުއްދައެއް ނުދެވޭނެކަމަށް ބަޔާންކުރުމާއެކު މިމާއްދާގެ (2) ނަންބަރުގައި ބަޔާންކުރަނީ ޚަރަދު އުނިކުރެވޭނެ ގޮތެވެ. ވީމާ، އާންމު ހަމަ (general principle) އަކީ، ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބު ކުރުމުގައި ކެޕިޓަލް އެލަވަންސް އުނި ނުކުރުމެވެ. ނަމަވެސް ޓެކްސް ދައްކާ ފަރާތްތަކަށް ދެވޭ ލުޔެއްގެ ގޮތުން، މި ޢާންމު ހަމައަށް އިސްތިސްނާއެއް (exception) ގެނެސް ޤަވާއިދެއްގެ ދަށުން ހުއްދަކޮށްފައިވާ ގޮތަށް ކުރެވޭ ކެޕިޓަލް ޚަރަދު އުނިކުރުން ހުއްދަ ކޮށްފައިވަނީކަން އެނއެވެ. މިތަނުގައި ބަޔާންކުރާ ޤަވާއިދަކީ، ގަވާއިދު ނަންބަރު: 35-2011/R (ވިޔަފާރީގެ ފައިދާ އިން ޓެކްސް ނެގުމުގެ ގަވާއިދު) (ބީ.ޕީ.ޓީ ޤަވާއިދު) އެވެ.

50I&T އިން ބަޔާންކުރަނީ ބިން ހިއްކުމަށް ކުރި ޚަރަދުން ކެޕިޓަލް އެލަވަންސް ލިބެންޖެހޭނެ ކަމަށެވެ. އެގޮތަށް ޤަބޫލުކުރަނީ "ޢިމާރާތް" މި ކެޓަގަރީގެ ތެރެއަށް "ބިން" ވަދެގެން ދާނެތީކަން އެނގެއެވެ. އަދި "ޢިމާރާތް" ކެޓެގަރީން ކެޕިޓަލް އެލަވަންސް ބިން ހިއްކުމަށް ކުރި ޚަރަދުން ނުދެވޭނެ ކަމަށް މާނަ ކުރެވޭނަމަ، "އެހެނިހެން މުދާ" މިކެޓަގަރީން ކެޕިޓަލް އެލަވަންސް ލިބެން ޖެހޭނެ ކަމަށާއި އެގޮތަށް ކެޕިޓަލް އެލަވަންސް ދިނުމަކީ މީރާގެ މައްޗަށް ލާޒިމު ވާނެ ކަމެއްކަމަށް ދެކޭ ކަމަށް ބުނެއެވެ.

51ބިން ހިއްކުމަށް ކުރި ޚަރަދަށް "ޢިމާރާތް" ކެޓަގަރީން ކެޕިޓަލް އެލަވަންސް ލިބެންޖެހޭނެކަމަށް އިސްތިއުނާފުކުރާ ފަރާތުން ޤަބޫލުކުރާ މައިގަނޑު ސަބަބަކީ، ބިމާއި ޢިމާރާތް އެއީ ވަކި ނުކުރެވޭނެ ދެއެއްޗެއްކަމަށްވާތީ އެވެ. ބިމާއި ޢިމާރާތް އެއީ ނުއުފުލޭ މުދާ (fixed assets) ކަމުގައި މާނަ ކުރެވޭ ނެތީ ކަން އެނގެއެވެ.

52ބިމާބެހޭ ޤާނޫނެ (land law) ގައި "ބިން" ނުވަތަ “land” ކަމަށް ބަޔާންކުރާ ކުރުމުގެ ތެރޭގައި ބިމާއެކު ހަރުކުރެވިފައިވާ ނުވަތަ ބމި އެކު ގުޅިފައިވާ ހުރިހާ އެއްޗެއް ހިމެނެއެވެ. އަދި ބިން ކަމަށް ބަޔާން ކުރުމުން، އޭގެ ތެރޭގައި، ޢިމާރާތާއި އަދި އެހެނިހެން ބިނާތަކާއި، ފެނުއަޑީގައިވާ ބިމާއި، ބިމާއި ގުޅިފައިވާ މަސްލަޙަތުތަކާއި، ބިމާއެކުވެފައިވާ ޙައްޤުތަކާއި، ނޫނީ ބިމާއި ދިމާ މަތިން ލިބިދޭ ޙައްޤުތަކާއި، މިނޫންވެސް ގިނަ ކަންތައްތަކެއް ހިމެނިދެއެވެ.

53ބިމާބެހޭ ޤާނޫނުގައި ބިމުގެ ގޮތުގައި ޢިމާރާތްތަކާއި ބިނާތައް ހިމެނޭނެ ކަމަށް މާނަ ކުރެވުނު ނަމަވެސް، ޓެކްސް ނެގުމުގެ ޤާނޫނުތަކާއި ގުޅިގެން، ބިމާއި ޢިމާރާތް އެކުގައި މާނައެއް ނުކުރެވޭނެއެވެ. ސަބަބަކީ، ބީ.ޕީ.ޓީ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) ގައި "އެކުންފުންޏެއްގެ ޓެކްސް ނެގޭނެ ފައިދާއަކަށްވާނީ، މި ޤާނޫނާ އެއްގޮތްވާގޮތަށް ހިސާބުކުރެވިގެން އަދި އެފައިދާއިން މި ޤާނޫނު ހުއްދަކުރާގޮތަށް މެނުވީ އެހެން އެއްވެސް ޢަދަދެއް އުނިކުރުމަކާނުލައި، އެ އަހަރެއްގައި އެ ކުންފުންޏަކަށް ލިބިފައިވާ ފައިދާގެ ޖުމްލަ ޢދަދަ ކަމަށް ބަޔާން މިތާގައި މިބަޔާންކުރާ ބިމާބެހޭ ޤާނޫނަކީ ރާއްޖޭގެ ބިމާބެހޭ ޤާނޫނު، ޤާނޫނު ނަންބަރު: 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އެއް ނޫނެވެ. ރާއްޖޭގެ ބިމާބެހޭ ޤާނޫނުގައި ބިމުގެ ތަޢުރީފެއް ބަޔާނެއް ނުކުރެއެވެ. މިތާގައި މި ބަޔާން ކުރަނީ ޤާނޫނު ނަންބަރު: 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ ވާހަކައެއް ނޫނެވެ. ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގައި ބިމުގެ މާނަ ނުވަތަ ތަޢުރީފެއް ބަޔާންކޮށްދީފައި އޮތް ކަމަކަމަށް ނުފެނެއެވެ. ނަމަވެސް އެޤާނޫނުގެ 19 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، ބިމާއި ޢިމާރާތާއި އެއީ ވަކި ނުކުރެވޭނެ ދެއެއްޗެއްކަމަށް ދޭހަވާ ގޮތަށް ބަޔާން ކޮށްފައިވެއެވެ. Quicquid plantatur solo, solo cedit (whatever is affixed to the soil belongs to the soil) ކޮށްފައިވާއިރު، ކެޕިޓަލް އެލަވަންސް ދިނުމުގައި، ބީ.ޕީ.ޓީ ޤަވާޢިދުގެ 38 ވަނަ މާއްދާގެ (ޅ) ގައި "ޢިމާރާތް" މާނަ ކޮށްދީފައިވާއިރު، ބިން ހިމަނފައާ ނެތުމެވެ. އެޤަވާޢިދުގައި، "ޢިމާރާތް" ކަމަށް ބުނެފައިވަނީ " ޢިމާރާތްތަކާއި، ޖެޓީތަކާއި، ސްލިޕްވތޭކާއި، މަގުތަކާއި މިނޫންވެސް މިފަދަ އެހެނިހެން ދާއިމީ ބިނާތައްވެސް ހިމެނޭ ގޮތުންނެވެ." މިފަދައިންނެވެ. ވީމާ "ޢިމާރާތް" މިކެޓަގަރީގެ ދަށުން ކެޕިޓަލް އެލަވަންސް ހޯދުމަށް އެދެވޭނީ، އެޤަވާޢިދުގައި ހުއްދަ ކޮށްފައިވާ ކެޓަގަރީގެ ތެރޭގައި ހިމެނޭ ފަދަ ދާއިމީ ބިނާތަކުންނެވެ.

54ދެން އޮތް ސުވާލަކީ، "ޢިމާރާތް" މިކެޓަގަރީން ކެޕިޓަލް އެލަވަންސް ލިބި ނުދެވޭނަމަ، ބީޕީ.ޓީ ޤަވާޢިދުގެ 50 ވަނަ މައްދާގެ (ހ) ގެ ދަށުގައި ބަޔާންކުރާ ލިސްޓުގައި ހިމެނޭ " އެހެނިހެން މުދާ" މިކެޓަގަރީގެ ދަށުން، ބިން ހިއްކުމަށް ކުރި ޚަރަދަށް ކެޕިޓަލް އެލަވަންސް ލިބދެވެންޖެހޭނެ ހެއްޔެވެ؟ ކުރިން ބަޔާން ކުރިހެން، ޓެކްސްގެ ޤާނޫނުގެ ބޭނުމަށް ބިމެއްގެ މައްޗަށް ޙައްޤެއް އުފަން ކުރުމުގެ ގޮތުން ކުރެވޭ ޚަރަދު ނުވަތަ ބިމަށް އެއްވެސް ބަދަލެއް ގެނައުމަށް ހިންގާ މަސައްކަތްތަކުގެ ޚަރަދުން ކެޕިޓަލް އެލަވަންސް ހުއްދަ ކުރެވޭ ގޮތަކަށް އެ ޤަވާޢިދުގައި ބަޔާން ކޮށްފައެއްނެތެވެ.

55ބީ.ޕީ.ޓީ ޤާނޫނުގައި ނުވަތަ އެޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާޢިދުގައި ހުއްދަކޮށްފައިވާގޮތަކަށް މެނުވީ ކެޕިޓަލް އެލަވަންސްއަކީ ދެވޭނެ އެއްޗެއް ނޫންކަން ބީ.ޕީ.ޓީ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) އަށާއި 11 ވަނަ މާއްދާގެ

(ހ) ގެ (2) ވަނަ ނަންބަރުން ސާފުވެއެވެ.

56ވީމާ، މިމައްސަލައިގައި، އިސްތިއުނާފުކުރާ ފަރާތުން ބަޔާންކުރާ ބިން ހިއްކުމަށް ހިނގި ޚަރަދުން ކެޕިޓަލް އެލަވަންސް ނުދިނުމަށް މީރާއިން ނިންމާފައިވަނީ ބީ.ޕީ.ޓީ ޤާނޫނާއި އެޤާނޫނުގެ ދަށުން ހަދާފައިވާ ބީ.ޕީ.ޓީ ޤަވާޢިދާ އެއްގޮތަށެވެ. N0 N---(V)::r:u~ (V)_, (V)'tj" "'\\ 0~\""'\ \\ ""\ "\~i:. \ !'\ '\ "'\~,'\I "' \ "~"'\'\ ~0 ''\ ot_;"\"\\' oi.;;"''\ ,,""'I0 ,,, "\\ 0' \ "'\ "\ ,,, ':\ \"'i '!\,l0" \ lr)c--- '\ 'fJ ,, '\ '; "'\\ '\, '\, '\'\ i \ ot., ,l"'; "'\· ~'\:~ o,\ "\~, ':\ ' ,, '\· "'' \ "6-."'\'\ ~0 ''\ ot_;"\"\\' 0 "''\ '\ ... 0 \\ "\\ o,\ "I\ "\ ,,, \ ,.., \ ,l o:'\\ lr)00 'i \ .., 'fJ i:.. ,, '\ '; "'\\ :\ \\ \\ !\ '\ '\ 01\"~"';• ".\ \Qot_;\\ ""'I0\,,"'\ '\ 0 0\" ol 0~"a, "~"'\ ;~ "\ ot.,"\" 0 '\"Q\Q,l ,~'"6-.ot_;''I:, ,,~~ ot.,":\ Q'\ a, ".\i' '\ ' '\ \ \ \ oi.,\ \~0\\\)(..,"'o, \\~\\\ \\ Rl.,''!"I \' "\\ \6.., \~\\ ot_; '\,l o:'\\ f-..~ u<t:O? ~ 0 N-----0 0 0 ~ '\ \\ '\ \i \\ ,·i 1. \i \\ '\ \, '\ I "6-."'\ oi.,)(~ 01\"~"'; \~\ '"' \~ ot.,"!"I~'\ 0 ""'Iot_;"\\\ ':\ "I \ "a,~~\\\ ""'I~\J0''\ ... '\,l o:'\\ :\i '\ '\ \ \ '\'\ i:.."'\\ \, '\ "'I '\ \, ~' '\ '\ \ \ \ \ \ .\,"~ 01\"~" \ ,, ~,o, ,=-, '; \\!\ l, '\ ~' ~ ~ ~ l ~ \' "~ o,,,. ;~ ':\ "\\\ \ "\\\ ':\ ~' ,.\ i:.."'\\ :\ i:.."'\\ MM v:,i •l .,•:-,c:,M Nv-,0 N°' ..•\,le:-,""u•~''\ -~ -~\\f\ .).,. t\\).,~~ OlJ1e~'\ \ .,~\Ja~\\\ -~' \ \, \ \ " \ \ ' \ ~ i:: i;bu 0 3. bO0 ;>9 ;> •.lJ'\,l•a"~ .5 c.8 @).c:.~.c:u g...~ 0 ;>E ;> .,.,~ "I'\~'

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 2011/5 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ށ)
  • ޤާނޫނު ނަންބަރު 2011/5 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 2011/5 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު
  • ޤާނޫނު ނަންބަރު 2011/5 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރު
  • ގަވާއިދު ނަންބަރު 2011/R-35 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދު) ގެ 38 ވަނަ މާއްދާގެ (ޅ)
  • ގަވާއިދު ނަންބަރު 2011/R-35 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދު) ގެ 50 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު)
  • ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ހ)
  • ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/23 (މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ)
  • Dixie Dairies Corporation v. Commissioner, 74 T.C. 476 (1980)

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ