ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ވ. ސްޓޭޓް ބޭންކް އޮފް އިންޑިޔާ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 144-B13/IN/2022/02
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- މައުޟޫޢީ ޤަޟިއްޔާގައި ރަހުނު ވިއްކުމުގެ ހުއްދަ ދީފައި ނުވާއިރު ތަންފީޛީ ޤަޟިއްޔާގައި ރަހުނު ވިއްކުމުގެ ހުއްދަ ދިނުމާމެދު އުފެއްދި އިސްތިއުނާފީ ނުކުތާއަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ އިސްތިއުނާފީ މިންގަނޑަށް ފޯރާ ނުކުތާއެއްތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް (ނުކުތާ އިސްތިއުނާފީ މިންގަނޑަށް ނުފޯރާ)، ދަށުކޯޓުގެ ނިންމުން ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދަށު ކޯޓުގެ ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް، ހެކިތަކަށް ނުވަތަ ދެއްކި ވާހަކަތަކަށް ރިޢާޔަތް ނުކުރި ކަމަށް، ޙައްޤު ގެއްލުނު ކަމަށް ނުވަތަ އިންސާފަށް ހުރަސް އެޅުނު ކަމަށް ހަމައެކަނި ބުނުމަކުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ އިސްތިއުނާފީ މިންގަނޑަށް ނުފޯރާނެއެވެ؛ އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން އިސްތިއުނާފުކުރާ ފަރާތުން ސާފުކޮށް ބުނަން ޖެހެއެވެ.
HN2 ޙުކުމެއް ނުވަތަ ނިންމުމެއް އިސްތިއުނާފުކުރެވޭނީ، ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައި، ނުވަތަ ނިންމުމުގެ ކުރިން އިޖުރާއީ ޢައިބެއް ކުރިމަތިވެފައި، ޤާނޫނާ ޚިލާފުވި ކަމަށް ބެލެވޭ ސަބަބެއް އޮތުމުންނެވެ.
HN3 ނިންމުމަކީ "އާންމުކޮށް ކޯޓުތަކުން ޢަމަލުކުރާ އުޞޫލާ" ޚިލާފު ނިންމުމެއް ކަމަށް ބުނާއިރު، ޚިލާފުވެފައިވާ ގޮތާއި އެ އުޞޫލު ބިނާވާ މަޞްދަރު ބުނެދީފައި ނުވާނަމަ، އެ ނުކުތާއަކީ އިސްތިއުނާފީ މިންގަނޑަށް ފޯރާ ނުކުތާއެއް ނޫނެވެ؛ އަދި ޤާނޫނީ އަސާސެއް ނެތް ނުކުތާއެއްގެ މައްޗަށް އިސްތިއުނާފު ކުރިއަށް ނުގެންދެވޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ފަނޑިޔާރު ފާޠިމަތު ފަރްހީޒާ، ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު މުޙައްމަދު ސަލީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ތަޢާރުފު
3މިއީ، ސިވިލް ކޯޓުގެ ނަންބަރު B13/IN/2022/02-144 "އިޢުތިރާޟާއިމެދު ނިންމިގޮތް" ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމަށް ބުނެ، ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ޕްލެޓިނަމް" ނުވަތަ "އިސްތިއުނާފ ކުރު ފަރާތް") އިން އެ ނިންމުން އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
3. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) (މީގެ ފަހުން "އެސް.ބީ.އައި " ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ. މައްސަލައިގެ ފަސްފަހަތް:
2ޕްލެޓިނަމް އަށް އެސް.ބީ.އައި ގެ ފަރާތުން ދޫކޮށްފައިވާ US$1,500,000.00 (އެއްމިލިއަން ފަސްލައްކަ އެމެރިކާ ޑޮލަރު) ގެ ތެރެއިން ނުދައްކާވާ ފައިސާއާއި، މިފައިސާއަށ އަހަރަކަށް ޗާރޖް ކުރެވޭ 10% ސަރވިސް ޗާރޖަށްވާ ފައިސާއާއި، -,000/25,600ރ. (ފަންސަވީސ މިލިއަން ހަލައްކަ ރުފިޔާ) ގެ ލޯނުގެ ތެރެއިން ނުދައްކާވާ ފައިސާއާއި، މިފައިސާއަށ އަހަރަކަށް ޗާރޖް ކުރެވޭ 10% ސަރވިސް ޗާރޖަށްވ ފައިސާ ޕްލެޓިނަމް އާއި މިލޯނުތަކަށ ޔަޤީންކަން ދީފައިވާ […] މުޙައްމަދު ޝަވީދުއާއި، އަޙްމަދު ޝިޔާމާއި، ޢަލީ ޝިޔާމް އަދި ޙަސަން ޝިޔާމްގެ އަތުން ހޯދުމަށާއި، އަދި މިފައިސާ ނުދައްކައިފިނަމަ މިފައިސާ ދެއްކުމުގެ ޔަޤީންކަން ދިނުމުގެ ގޮތުން އެސް.ބީ.އައި ގައި ރަހުނުކޮށްފައިވާ "ވޯޓާރ ގާޑަނ އައިލެންޑް ސްޕާ" އެވެކިޔުނު ޕިކްނިކް އައިލެންޑް ވިއްކައިގެން މިފައިސާ އެސް.ބީ.އައު އަށި ހޯދައިދިނުމަށް އެދް އެސް.ބީ.އައި ގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
1. ސިވިލް ކޯޓުން ބެލެވުނު ނަންބަރު 1244/Cv-C/2011 ޤަޟިއްޔާގައި، އެކޯޓުން ނިންމާފައިވަނީ، އެސް.ބީ.އައިން މައްސަލައިގައި އެދިފައިވަނީ، ދައްކަންޖެހޭ ފައިސާ ނުދެއްކިއްޖެނަމަ، އެއްބަސްވުމުގެ ދަށުން ރަހުނު ކުރެވިފައިވާ މުދާ ވިއްކާލުމުގެ ހުއްދައަކަށް ނޫންކަމާއި، ނަމަވެސް ރަހުނު ކުރެވިފައިވާ މިދ ޝަރީޢަތާ މެދުވެރިކޮށް ވިއްކާލުމަށް ކަމުގައިވާހިނދު، ޝަރީޢަތް މެދުވެރިކޮށް ރަހުނެއް ވިއްކާލެވޭނީ، ރަހުނުގެ މައްޗަށް އޮތް ދަރަނި އަދާކުރުމަށް ދެވޭ މުއްދަތުގައި އެދަރަނި އަދާނުކުރެވުމުން ކަމުގައިވާތީ، މައްސަލައިގައި އަދި އެޙާލަތު މެދުވެރިވެފައި ނުވާތީ، ދައުވާގައި އެދިފައިވާ ގޮތަށް އަދި ރަހުނާމެދ އަމަލުކުރެވެން ނެތްކަމަށާއި، ޕްލެޓިނަމްގެ ފަރތުނ 3233 ޖެނުއަރީ ގެ ނިޔަލަށް US$715,110/89 (ހަތްލައްކަ ފަނަރަހާސް އެއްސަތޭކަ ދިހަ އެމެރިކާ ޑޮލަރު/ އަށްޑިހަ ނުވަ ސެންޓް) އާއި، 27,369,916/96ރ. (ހަތާވީސ މިލިއަން ތިންސަތޭކަ ފަސްދޮޅަސް ނުވަހާސް ނުވަސަތޭކަ ސޯޅަ ރުފިޔާ/ ނުވަދިހަ ހަލާރި) ދައްކަންޖެހި ނުދެއކިވާކަން ސާބިތުވާތީ، މިފައިސ 8 މަސްދުވަހުގެ ތެރޭގައި ދެއްކުމަށެވެ.
5ސިވިލް ކޯޓުގެ ނަންބަރު 1244/Cv-C/2011 ޤަޟިއްޔާގެ އިސްވެ ބަޔާންކުރެވުނު ނިންމުމާމެދު ހިތްހަމަނުޖެހިގެން ޕްލެޓިނަމްގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައި ކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހައިކޯޓުގެ ނަންބަރު 2013/HC-A/242 ޤަޟިއްޔާއިން ބެލެވުނު މައްސަލަ ނިމިފައިވަނީ ސިވިލް ކޯޓުގެ އިސްވެ ބަޔާންކުރެވުނު ނިންމުމަށް ތާއީދުކޮށެވެ.
61244/Cv-C/2011 ޤަޟިއްޔާގެ ނިންމުމާއި އެއްގޮތަށް ޕްލެޓިނަމްގެ ފަރާތުން ފައިސާ ދައްކާފައިނުވާތީ، އެނިންމުން ތަންފީޛު ކުރުމަށް އެދި އެސް.ބީ.އައި ގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެއީ ސިވިލް ކޯޓުގެ ނަންބަރު 3844/Cv-C/2021 ޤަޟިއްޔާއެވެ.
3ރަހުނުކުރެވިފައިވާ "ވ ޓަރ ގާޑަނ އައިލެންޑް ސްޕާ" ވިއްކުމުގެ ހުއްދަ ކޯޓުން ދީފައިނުވާކަމާއި، ހުށަހެޅިފައިވާ މައްސަލައަކީ ސިވިލް ކޯޓުގެ ނަންބަރު 1244/Cv-C/2011 ޤަޟިއްޔާގެ ޙުކުމް ތަންފީޛުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއްކަމަށްވާއިރު، މައުޟޫޢީ ޤަޟިއްޔާގެ ޙުކުމުގައި ހުއްދަ ދީފައިނުވާ ނުވަތަ ކަންތައްތަކެއް ތަންފީޛީ ޤަޟިއްޔާގެ ތެރެއިން ހިނގް ދާނެ ކަމަށް ނުދެކޭކަމަށ ފާހަގަކޮށް ސިވިލް ކޯޓުގެ ނަންބަރު 3844/Cv-C/2021 ޤަޟިއްޔާ ގައި ޕްލެޓިނަމްގެ ފަރާތުން އިޢުތިރާޟެއް ހުށަހެޅިއެވެ.
8އިސްތިއުނާފުން ބެލެވެމުން މިދަނީ، ސިވިލް ކޯޓުގެ ނަންބަރު 3844/Cv-C/2021 ޤަޟިއްޔާގައި ޕްލެޓިނަމްގެ ފަރާތުން ހުށަހެޅި އިޢުތިރާޟާއިމެދު ނިންމާފައި ނަންބަރު B13/IN/2022/02-144 "އިޢުތިރާޟާއިމެދު ނިންމިގޮތް" އެވެ. އެނިންމުމުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. ..". މައުޟޫޢް ޤަޟިއްޔާގައި ރަހުނު ޘާބިތުކުރިކަމަށް ބެލެވޭނީ ޙުކުމަށް ވާޞިލުވިގޮތް ބުނެދިނުމުގެ ގޮތުނ ޝަރީޢަތުން ފާހަގަކުރި ނުކުތާގައި ނެގި ދަރަންޏާއި ގުޅިގެން ރަހުނު ކުރެވުނު އެއްޗެއް ޝަރީޢަތުން ފާހަގަކޮށްފައިވާ ޙާލަތުގައި ނުވަތަ ޙުކުމުގައި ފާހަގަކޮށްފައިވި ޙާލަތުގައިކަމާއި، ދަރަނި ޘާބިތުކޮށްފައިވ ޙާލަތުގައި ޘާބިތުވ ދަރަނި ނުދެއްކިގެން ތަންފީޛުކުރެވޭ މައްސަލައެއްގައި ރަހުނު ޘާބިތުކޮށްފައިވާ ޙާލަތުގައި ރަހުނު ވިއްކާލުމުގެ ހުއްދަ ތަންފީޛީ ޤަޟިއްޔާއިން ދިނުމަކީ ތަންފީޛީ ފިޔަވަޅެއްކަމާއ، ނަމަވެސް މައުޟޫޢީ ޤަޟިއްޔާގައި ރަހުނު ޘާބިތުކޮށްފައިނުވާނަމަ ތަންފީޛީ ޤަޟިއްޔާގައި ރަހުނު ވިއްކާލުމުގެ ހުއްދަނުދެވޭނެކަމާއި، މިޙާލަތުގައި ރަހުނު ވިއްކާލެވޭނީ މައުޟޫޢީ ޤަޟިއްޔާއަކުން ރަހުނު ޘާބިތުކުރުމަށްފަހުކަމާއި، ހިނގަމުންދާ މިޤަޟިއްޔާއަށް ބަލާއިރު ސިވިލް ކޯޓުގެ ނަންބަރު 1244/Cv-C/2011 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާއެއް 1.3 ގައި "ދެވަނަކަމަކީ މިމުޢާމަލާތާ ގުޅިގެން "ވޯޓާރ ގާޑަނ އައިލެންޑް ސްޕާ" (ރަޖިސްޓްރީ ނަންބަރު:TRI 05) ރަހުނުކުރެވިފައިވާކަން މިމައްސަލާގައި ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަ އޮތުމެވެ." މިގޮތަށް ބަޔާންކޮށްފައިވާ ކަމާއި، އަދި ދެންނެވި ޤަޟިއްޔާގެ ޙުކުމުގައިވެސް "އަދި އެމުޢާމަލާތާއ ގުޅިގެނި "ވޯޓަރ ގާޑަނ އައިލެންޑް ސްޕާ" (ރަޖިސްޓްރީ ނަންބަރު:05 TRI ) ރަހުނުކުރެވިފައިވާހިނދު" މިގޮތަށް ބަޔާންކޮށްފައިވާ ކަމާއި، ދެންނެވި ކަންކަން އެގޮތުގެ މައްޗށަ ނަންބަރު 1244/Cv-C/2011 ޤަޟިއްޔާގައި ފާހަގަކޮށްފައިވުމުން ރަހުނު ޘާބިތުކޮށްފައިވާ ކަމާއި، މިޙާލަތުގައި ރަހުނު ވިއްކާލުމުގެ ހުއްދަ ހޯދުމަށް އެދި މައުޟޫޢީ ވަކި ދަޢުވާއެއް ކުރަންޖެހޭ ޙާލަތެއް ބަޔާންވެދިޔަ ރަހުނުގެ މައްޗަށް އޮތްކަމަށް ޝަރީޢަތުން ނުދެކޭތީއާއި، ތަންފީޛީ ޤަޟިއްޔާއިން ރަހުނު ވިއްކާލުމުގެ ހުއްދަދިނުން މަނާކުރާ ޤާނޫނީ ޝަރުޢީ ޙުއްޖަތެއް ނެތްކަމަށް ނިންމީއެވެ." ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާއާއަ ދެފަރާތުން ފާހަގަކުރި ކަންކަން:
3. ސިވިލް ކޯޓުގެ ނަންބަރު B13/IN/2022/02-144 "އިޢުތިރާޟާއިމެދު ނިންމިގޮތް" ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ އެނިންމުނ އިސްތިއުނާފު ކުރުމަށް އެދި ޕްލެޓިނަމްގެ ފަރާތުން އަންނަނިވި ނުކުތާ ފާހަގަކޮށް، އެނުކުތއާ މެދާ ދިވެހިރާއްޖޭގު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ؛
3.3. ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 1244/Cv-C/2011 ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތުން ރަހުނު ވިއްކާލުމުގެ ހުއްދައަށް އެދިފައިނުވާއިރު އަދި ޝަރީޢަތުން އެ ހުއްދަ ދީފައިވެސް ނުވާއިރު މިހާރު ހިނގަމުންދާ ނަންބަރު 3844/Cv-C/2021 ތަންފީޛީ ޤަޟިއްޔާއިން ދިނުމަކީ ރަހުނު ހިމެނޭ ދަރަނީގެ މައްސަލަތަކުގައި އާންމުކޮށް ކޯޓުތަކުން ޢަމަލުކުރާ އުޞޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
3.3.3.މިނުކުތާގެ ތަފްސީލުގައި ޕްލެޓިނަމްގެ ފަރާތުން ބުނެފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1244/Cv-C/2011 ޤަޟިއްޔާގައި "ވޯޓާރ ގާޑަނ އައިލެންޑް ސްޕާ" ވިއްކުމުގެ ހުއްދަ ކޯޓުން ދީފައި ނުވާކަމަށާއި، މައުޟޫޢީ ޤަޟިއްޔާގެ ޙުކުމުގައި ހުއްދަ ދީފައިނުވާ ނުވަތަ ކަނޑައަޅާފައިނުވާ ކަންތައްތަކެއް ތަންފީޛީ ޤަޟިއްޔާގެ ތެރެއިން ހިންގިދާނެ ކަމށަ ނުދެކޭކަމަށާއި، ތަންފީޛީ ޤަޟިއްޔާގެ ތެރެއިން ރަހުނު ވިއްކުމުގެ ހުއްދަ ދޭކަމަށް ވާނަމަ އެއާ މައްސަލައިގެ މައުޟޫޢު އަލުން ހުޅުވާލުންކަމަށެވެ. އަދި މިއީ ކޯޓުތަކުން މިބާވަތުގެ މައްސަލަތަކުގައި ޢާންމުކޮށް ޢަމަލުކުރާ އުޞޫލުތަކާ ޚިލާފު ކަމެއްކަމަށެވެ.
3.3.3.3. މިނުކުތާގެ ރައްދުގައި އެސް.ބީ.އައިގެ ފަރާތުން ފާހަގަކޮށްފައިވަނީ، ސުޕްރީމް ކޯޓުގެ 2 1 މަރްޔަމް އާފިޔާ ވ. ބޭންކް އޮފް ސިލޯން އާއި، ދައުލަތް ވ. މައުރޫފާ އަބޫބަކުރު ޤަޟިއްޔާ ފަދަ ޤަ ޟިއްޔާތަކުންނާއި ސިވިލް ކޯޓުގ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލި ކ ވ. އިސްމާޢީލް އިބްރާހީމާއަދ އާމިނަތު ޝަހާމ އަދި ބޭންކް އޮފް ސިލޯން ވ. ޢަލީ ޝާހީން ޤަޟިއްޔާތަކަށް ބެލުމުން މައުޟޫޢީ ޤަޟިއްޔާގެ ދަށުން ރަހުނު ވިއްކާލުމުގެ ހުއްދަ ދީފައި އޮތުން ލާޒިމް ނޫންކަމާއި، ލާޒިމްވަނީ ރަހުނު ސާބިތުކޮށްފައި އޮތުން ކަމަށާއި، ރަހުނު ސާބިތުކޮށްފައިވާ ޙާލަތުގައި ތަންފީޛީ ޤަޟިއްޔާގައި ރަހުނު ވިއްކާލުމުގެ ހުއްދަ ދެވޭނެކަން އެނގޭނެކަމަށެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އަދި ހައިކޯޓުގެ ޢަބްދުﷲ އިޝާން ވ. ސްޓޭޓް ބޭންކް އޮފް އިންޑިއާ ފަދަ ޤަޟިއްޔާގައ ކަނޑައަޅާފައިވި ފަދައިން ޝަރުޢީ ކޯޓުތަކުން ނިންމާ ނިންމުންތައް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު އުފަންވާނީ އެއް މަރުޙަލާއިން މައްސަލައެއް ބެލުމުގެ ތެރޭގައި ޢަމަލުކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއްގެ މައްޗަށް ބިނާވެގެންކަމަށާއި، ޢިމާދު ޔޫސުފް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ފަދައިން، ޤާނޫނީ ބަހުސެއް ނުވަތަ އައު ހެކި ތައާރަފ ކުރުމަށު ކަނޑައަޅް ސަބަބެއް އޮތްކަމަށް ބަޔާންކޮށް، އެކަން ހާމަކުރުމަކީ އެ ޤާނޫނީ ބަހުސެއް ނުވަތަ އައު ހެކި ހުށަހަޅާ ފަރާތުގެ ޒިންމާއެއްކަމަށް ކަނޑައަޅާފައިވާކަމަށާއި، ނަމަވެސެ މިމައްސަލައިގައި އެބުރަ ޕްލެޓިނަމްގެ ފަރާތުން އުފުލާފައިނުވާކަމަށެވެ. ސިވިލް ކޯޓުގެ ނަންބަރު 3550/Cv-C/2018 ޤަޟިއްޔާ ސިވިލް ކޯޓުގެ ނަންބަރު 426/Cv-C/2019 ޤަޟިއްޔާ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 ޤަޟިއްޔާ ހައިކޯޓުގެ ނަންބަރު 2022/HC-A/103 ޤަޟިއްޔާ ދެފަރާތުން އެދޭގޮތް
32ޕްލެޓިނަމްގެ ފަރާތުން އެދޭގޮތް ކަމަށް ފާހަގަކޮށްފައިވަނީ، ރަހުނުކޮށްފައިވާ "ވޯޓާރ ގާރޑަން އައިލެންޑް ސްޕާ" ވިއްކުމުގެ ހުއްދަ ސިވިލް ކޯޓުގެ ނަންބަރު 1244/Cv-C/2011 ޤަޟިއްޔާއިން ދީފައިނުވާކަމަށާއި، އެހެންކަމުން އެޤަޟިއްޔާގެ ޙުކުމް ތަންފީޛުކުރުމަށް ހިންގާ ސިވިލް ކޯޓުގެ ނަންބަރު 3844/Cv-C/2021 ޤަޟިއްޔާއިން ރަހުނު ވިއްކުމުގެ ހުއްދަ ނުދެވޭނެކަމަށް ކަނޑައަޅައިދީ، ސިވިލް ކޯޓުގެ ނަންބަރު B13/IN/2022/02-144 ނިންމުމަކީ ބާޠިލް ނިންމުމެއްކަމަށް ކަނޑައަޅައި ދިނުމަށެވެ.
33އެސް.ބީ.އައިގެ ފަރާތުން އެދޭގޮތްކަމަށް ފާހަގަކޮށްފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު B13/IN/2022/02-144 "އިޢުތިރާޟާއިމެދު ނިންމިގޮތް" ބާޠިލް ކުރެވޭނެ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ހަމައެއް ނެތްކަމަށް ކަނޑައަޅައި ދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:
33.ޝަރީޢަތުގެ ފުރަތަމަ މަރުޙަލާގައި އިއްވާ ޙުކުމްތައް ނުވަތަ ނިންމާ ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށްޓަކައި އިސްތިއުނާފުކުރާ ފަރާތުން ގިރާކުރަންޖެހޭ ޤާނޫނީ އޮޅިގަނޑު ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕރޭޝަނަ ލިމިޓެޑް މައްސަލައިގައި އަންނަނިވި ފަދައިން ބަޔާންކޮށްފައިވެއެވެ. "ދިވެހިރާއްޖޭގ ކޯޓުތަކުގެ ގާނޫނުގެ 12 ވަނަ މާއްދާއަށް ބަލާއިރު، މައްސަލަ ބަލާ ފަނޑިޔާރު ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައިނުވާކަމަށް ބުނާބުނުމަކުން، ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައަ ނުވާކަމަށް ބުނާބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 12 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވެއެވެ. ދަށު ކޯޓުން މައްސަލަ ނިންމަވާފައިވަނީ ތިމަންނަގެ ހައްގު ގެއްލޭގޮތަށް ކަމަށް ހަމައެކަނި ބުނާބުނުމަކުން ނުވަތަ އަދުލު އިންސާފަށް ހުރަސްއެޅޭގޮތަށް ކަމަށް ހަމައެކަނި ބުނާ ބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ 2019/SC-L/91 ގާނޫނުގެ 12 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވެއެވެ . ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމުގެ ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާބުނުމުގެ ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުމަށްވުރެ ނުވަތަ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނާބުނުމުގެ ނުވަތަ އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ބުނާބުނުމުގެ އިތުރުކަމެއް އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ކޯޓަށް ސާފުކޮށްދޭންވާނެއެވެ. ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ބުނާނަމަ ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ ނުވަތަ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނާނަމަ ނުވަތަ އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ބުނާނަމަ އެކަމުގއ އުފެދި ގާނޫނަ ބަހުސަކީ ކޮބައިކަން އެ ނުކުތާގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ސާފުކޮށް ބުނަންވާނެއެވެ".
32.ސިވިލް ސަރވިސް ކޮމިޝަން ވ. ޙަސަން ޝިޔާމް ޤަޟިއްޔާ މި އުސޫލު އިތުރަށް ޙުލާސާކުރަމުން ފާހަގަކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "މައްސަލައެއްގެ ޙުކުމެއް ނުވަތަ ނިންމުމެއް އިސްތިއުނާފުކުރެވޭ ޢާންމު އުޞޫލުތަކުގެ ޚުލާޞާ އަކީ، އެ ޙުކުމް ނުވަތަ ނިންމުން ޤާނޫނާ ޚިލާފުވި ކަމަށް ބެލެވޭ ސަބަބެއް އޮތުމެވެ. އެއީ، އެ ނިންމުމަށް ވާސިލުވުމުގައި ޤާނޫނު ތަޠުބީޤު ކުރުމުގައި ނުވަތަ މާނަ ކުރުމުގައި ނަމަވެސް، އެ ކޯޓަށް ކުށެއް ހެދިފައި އޮތުމެވެ. ނުވަތަ ނިންމުމުގެ ކުރިއަށް އިޖުރާއީ އައިބެއް ކުރިމަތިވުމެވެ. މިއިން ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް، ޢާންމު ގޮތެއްގައި އެކަން ކޯޓުގެ ނިންމުމުން ފެންނަން އޮންނާނެ އެވެ. ނުވަތަ އެކަމަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމގު ފުރުޞަތު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބިފައި އޮންނާނެއެވެ."
31. ސިވިލް ކޯޓުގެ ނަންބަރު B13/IN/2022/02-144 "އިޢުތިރާޟާއިމެދު ނިންމިގޮތް" އިސްތިއުނާފް ކުރުމަށްޓަކައި ޕްލެޓިނަމްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާގައި ފާހަގަކޮށްފައިވަނީ، ސިވިލް ކޯޓުގެ މިނިންމުން ނިންމާފައިވަނީ، އެބާވަތުގެ މައްސަލަތަކުގައި "އާންމުކޮށް ކޯޓުތަކުން ޢަމަލުކުރާ އުޞޫލު" ޚިލާފަށް ކަމަށެވެ. ނަމަވެސް ސިވިލް ކޯޓުގެ މނިންމުނި އިޝާރާތްކުރެވުނު އުސޫލާ ޚިލާފުވެފައިވާކަމަށް ބުނެފައިވާއިރު، ޚިލާފުވެފައިވަނީ ކިހިނެއްކަމެއް އަދި އެފަރާތުން އެބުނާ އުސޫލު ބިނާކުރާ މަސްދަރަކީ ކޮބައިކަމެއް ޕްލެޓިނަމަށް ބުނެދެވިފައެއް ނުވެއެވެ. އެހެންކަމުން، މި ނުކުތާއަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކުރާ އިސްތިއުނާފީ މިންގަނޑަށް ވާސިލްވެވޭ ނުކުތާއެއް ކަމުގައި ނުފެނެއެވެ.
2021/HC-A/198
ނިންމަން ފެންނަ ގޮތް
35ސުޕްރީމް ކޯޓުގެ އިސްވެ ބަޔާންކުރެވުނު އުސޫލު މި މައްސަލައަށް ތަޠްބީޤުކުރަން ބަލާއިރު، މިމައްސަލައިގައި އިސްތިއުނާފކުރު ފަރާތުން ހުށަހަޅާފައިވާ ނުކުތާ ބިނާވަނީ، ކޮން ޤާނޫނީ އަސާސެއްގެ މައްޗަށްކަން އިސްތިއުނާފކުރު ފަރާތަށް ބުނެދެވިފައިނުވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން، އިސްތިއުނާފކުރު ފަރާތުން ހުށަހަޅާފައިވާ ނުކުތާގައި ޤާނޫނީ ބަހުސެއް އޮތްކަމަށް ބަލައިގެން، އެނުކުތާގައި އިސްތިއުނާފީ ބަހުސެއް ކުރިއަށް ގެންދެވިދާނެ މިންވަރަށް އިސްތިއުނާފު ކުރާ ފަރާތަށް އެނުކުތާ ތަފްސީލު ކޮށްދެވިފައި އޮތްކަމަށް ބުރަނުވެވޭތީ، ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާގި މައްޗަށް ބިނާކޮށް މިދަޢުވާ މިކޯޓުގައި ކުރިއަށް ގެންދެވިދާނެކަމަށް އަހުރެން ނުދެކެމެވެ.
ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު
36.ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކ ރަމެވެ.
ފަނޑިޔާރު މުޙައްމަދު ސަލީމުގެ ރައުޔު
33.ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
81މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 3233/23)ގެ 381 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ (PDF ގައި '12 ވަނަ މާއްދާ' ގޮތަށް ބަދަލުވެފައި)
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 (އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް)
- ހައިކޯޓުގެ ނަންބަރު 2021/HC-A/198 (ސިވިލް ސަރވިސް ކޮމިޝަން ވ. ޙަސަން ޝިޔާމް)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.