މޯލްޑިވްސް ސީ ސޯލްޓް ވ. ލެޝަރ ކާރގޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 144-B11/IN/2023/02
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ސިވިލް ކޯޓުގެ 1627/Cv-C/2020 ޤަޟިއްޔާއިން ގޮތެއް ނުނިންމާ ބާކީވި 31 އިންވޮއިސްގެ ފައިސާ ހޯދުމަށް، ތަފާތު ދަޢުވާލިބޭ ފަރާތެއްގެ މައްޗަށް ހުށަހެޅި ދަޢުވާ (568/Cv-C/2023) ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމުގައި ރެސްޖުޑިކާޓާގެ މަބްދައު ރަނގަޅަށް ތަޠުބީޤުކޮށްފައިވޭތޯ، ނިންމުމަށް ވާޞިލުވި ސަބަބު ފުދޭ މިންވަރަށް ބަޔާންކޮށްފައިވޭތޯ، އަދި އިޚްތިޞާޞާމެދު ނިންމުމުގައި މައްސަލައިގެ މައުޟޫޢަށް ކުރިން ޙުކުމްކުރެވިފައިވޭތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ރެސްޖުޑިކާޓާގެ މަބްދައު ނުވަތަ ކަނޑައެޅި ނިޔާގެ ބާރު ލިބިގެންވާ ޙުކުމަކުން ނިމިފައިވާ މައްސަލައެއް ދެވަނަ ފަހަރަށް ޝަރީޢަތަށް ހުށަހެޅުން މަނާކުރާ މަބްދައުގެ ޙަޤީޤީ ބޭނުމަކީ، ޚަޞްމުންގެ ޙައްޤުތަކާއި ޤާނޫނީ މަރުކަޒުތައް އިސްތިޤްރާރުވެގެން ދިއުމާއެކު ކޯޓާއި ޝަރީޢަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓުވުމެވެ.
HN2 ސުޕްރީމް ކޯޓުގެ 2016/SC-A/25 ޤަޟިއްޔާގައިވާ ގޮތުން ރެސްޖުޑިކާޓާގެ މަބްދައު ބިނާވެފައިވަނީ އިޝޫ އެސްޓޮޕަލް، ކޯސް އޮފް އެކްޝަން އެސްޓޮޕަލް އަދި އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުން (abuse of process) ގެ 3 އުޞޫލުގެ މައްޗަށެވެ. އިޝޫ އެސްޓޮޕަލް ޤާއިމުވާން، ހުށަހަޅާ ނުކުތާއަކީ ކުރިން ނިންމުމެއް ނިންމާފައިވާ ނުކުތާއަކަށްވުން، އެ ނިންމުމަކީ ނިހާއީ ނިންމުމަކަށްވުން، އަދި ދެ މައްސަލައިގައި ހިމެނެނީ އެއް ފަރާތްތަކެއް ކަމުގައިވުން ޝަރުޠުވެއެވެ.
HN3 ކޯސް އޮފް އެކްޝަން އެސްޓޮޕަލް ޤާއިމުވާން، ކުރިން އުފުލާފައިވާ ދަޢުވާއަކާ ގުޅިގެން އިޚްތިޞާޞް ލިބިފައިވާ ކޯޓެއްގެ ނިންމުމެއް އޮތުން، ދެ މައްސަލައިގައި ހިމެނެނީ އެއް ފަރާތްތަކެއް ކަމުގައިވުން، ދެ މައްސަލައަކީ ފަރަޤެއް ހުރި ތަފާތު ދެ މައްސަލަ ކަމުގައި ނުވުން، އަދި ފަހުން ހުށަހަޅާ ނުކުތާތަކަކީ އެކަށީގެންވާ މަސައްކަތްކޮށް ވިސްނުންތެރިކަމާއެކު ހުށަހެޅިނަމަ ކުރީގެ މައްސަލައިގައި ގޮތް ކަނޑައެޅޭނެ ނުކުތާތަކެއް ކަމުގައިވުން ޝަރުޠުވެއެވެ. އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުމަށް ނަޒަރުކުރަނީ އިޝޫ އެސްޓޮޕަލް އަދި ކޯސް އޮފް އެކްޝަން އެސްޓޮޕަލް ތަޠުބީޤު ނުކުރެވޭ ޙާލަތްތަކުގައެވެ.
HN4 ކޯޓަށް ހުށަހެޅޭ މައްސަލައެއްގެ ބޭނުމަކީ އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުންކަން ދެނެގަނެވޭނީ ކޮންމެ މައްސަލައެއްގެ ކަންހިނގާދިޔަ ގޮތާއި މައުޟޫޢާއި ވަށައިގެންވާ ކަންތައްތަކަށް ރިޢާޔަތްކޮށްގެންނެވެ. އެއްކޮށް އެއް މައްސަލައެއްގެ ތެރޭގައި ހުށަހެޅެން އޮތް ދަޢުވާ، ދަޢުވާލިބޭ ފަރާތަށް ގެއްލުން ދިނުމުގެ ޤަޞްދުގައި ވަކިވަކިކޮށް ހުށަހަޅަމުން ދާނަމަ، އެއީ އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުން ކަމުގައި ކަނޑައަޅައި ބެލެން ނެތް މައްސަލައެއްކަމަށް ކަނޑައެޅުމުގެ ފުރުޞަތު އޮންނަ ކަމެކެވެ.
HN5 ދެ ދަޢުވާގެ މައުޟޫޢު ބިނާވަނީ އެއްކަހަލަ ޚިދުމަތެއްގެ މައްޗަށް ކަމުގައިވިޔަސް، ދަޢުވާލިބޭ ފަރާތް ތަފާތުވެ، ފަހުން ހުށަހެޅި ދަޢުވާގައިވާ ބިލްތަކާމެދު ކުރީގެ މައްސަލައިގައި ގޮތެއް ކަނޑައަޅާފައި ނުވާނަމަ، ރެސްޖުޑިކާޓާގެ މަބްދައު ހުރަހެއް ނުވާނެއެވެ. އަދި ކޮންމެ ކޯޓެއްގައިވެސް ފަރުވާއެއް ލިބިފައިނުވާ މައްސަލައެއް ހުށަހެޅުމަށް ފުރުޞަތުދިނުމަކީ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުމެއް ނޫނެވެ.
HN6 ނިންމުމަށް ވާޞިލުވި ސަބަބު ބަޔާންކުރުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދޭ އިންސާފުވެރި ޝަރީޢަތެއްގެ މައިގަނޑު އުންޞުރެއް ކަމަށާއި ނިންމުމަށް ވާޞިލުވި ސަބަބު އެނގުމަކީ ޚަޞްމުންގެ ޙައްޤެއް ކަމަށް ސުޕްރީމް ކޯޓުން [2021] SC 30 ގައި ކަނޑައަޅާފައިވެއެވެ. ފަނޑިޔާރު ސަބަބުތައް އެކަށީގެންވާ މިންގަނޑަކުން ބަޔާންކޮށް، ޚަޞްމުން ހުށަހެޅި ނުކުތާތަކަށް ރިޢާޔަތްކޮށްފައިވާނަމަ، ސަބަބު ބަޔާންނުކުރުމުގެ އުނިކަމެއް ނެތެވެ.
HN7 އިޚްތިޞާޞާމެދު ނިންމާ މަރުޙަލާގައި، އެހިނދަށް ފެންނަން އޮތް ޙަޤީޤަތްތަކުގެ މައްޗަށް (އެއަރވޭ ބިލްތަކުގައި ޝިޕަރގެ ގޮތުގައި ދަޢުވާލިބޭ ފަރާތުގެ ނަން އޮތުން) ބިނާކޮށް ދަޢުވާ ހުށަހެޅުމުގެ ޤާނޫނީ ޙައިޞިއްޔަތު ލިބިގެންވާކަމަށް ކަނޑައެޅުމަކީ، މައުޟޫޢީ ނުކުތާއަށް ކުރިން ޙުކުމްކުރުމެއް ނޫނެވެ. މައުޟޫޢީ ބެލުމުގައި ކަނޑައަޅަންޖެހޭ ކަންކަމުގައި ފަށާ މަރުޙަލާގައި އިސްތިއުނާފު ކޯޓުން ގޮތެއް ނުކަނޑައަޅައެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސައިން ޝަހީދު، މުޙައްމަދު ފައިޞަލް، ޙުސައިން މަޒީދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން ޝަހީދު · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1މިއީ، ސިވިލް ކޯޓުގެ ނަންބަރ 144-B11/IN/2023/02 ކޯޓުގެ އިޚްތިޞާޞާމެދު ނިންމިގޮތް ނިންމާފައިވާގޮތާމެދު ހިތުހަމަނުޖެހިގެން އެނިންމުނ އިސްތިއުނާފ ކުރުމަށް އެދި މޯލްޑިވްސް ސީސޯލްޓް )އަޙްމަދ ޝާކިރު( )( ގެ ފަރާތުން ހުށަހެޅުމުނާ ބަލާ ފައިވ ޤަޟިއްޔާއެކެވެ.
2މި އިސްތިއުނާފީ ދަޢުވާ ރައް ދުވ ފަރާތަކާ ލެޝަރ ކާރގޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް )ރަޖިސްޓްރީ ނަންބަރު: C-0551/2011( އެވެ. މައްސަލައިގައި ކަންހނި ގާފައިވާ ގޮތް:
3ލެޝަރ ކިރާގޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ އެއަރ ކާގޯ އޭޖެންޓްކަމުގެ ދަށުން ގްރޯސީ މޯލްޑް ވެސް ޕްރައިވެޓް ލިމިޓެޑުން ހޮންކޮންގއަށް ގ ންދިޔަ ޝިޕްމަންޓްތަކުގެ އެއަރ ފްރައިޓް ޗާރޖަސްގ ގޮތުގައެ ދައްކަންޖެހޭ ފައިސާ ގްރޯސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓުނ ދައްކާފައިނުވާކަމަށް ބުން ގްރޯސަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ލެޝަރ ކ ރެގޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދަޢުވާ އެއް ހުށަހެޅިއެވެ. މި ދަޢުވާ ސިވިލް ކޯޓުގެ ނަންބަރ1627/Cv-C/2020 : ޤަޟިއްޔާއިން ބަލާފައިވެއެވެ.
4މި ދަ ޢަ ވާގައި ޖުމްލަ 54 )ފަންސާސް ހަތަރެއް( އިންވޮއިސް އަދި އިންވޮއިސްތަކާ ގުޅޭ އެއަރވޭ ބިލުތައް ހުށަހަޅާފައިވާކަމާއި، މި ދަޢުވާގައި ގްރޯސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ކިބައިން ހޯދުމަށް އެދިފައިވާ ފައިސާ ދިނުމަށް ގްރޯސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިންކާރުކޮށްފައިވެއެވެ. 5މ. ދަ ޢާވާގައި ގްރޯސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ކިބައިން ފައިސާ ހޯދުމަށް އެދި ހުށަހަޅާފައިވާ އިންވޮއިސްތަކާ ގުޅޭ އެއަރވޭ ބިލްތަކަށް ބަލި އިރު، ބައެއް އެއަރވޭ ބިލުތަކުގައި ޝިޕަރގ ގޮތުގައެ ބަޔާންކޮށްފައިވަނީ މޯލްޑިވްސް ސީސޯލްޓް އެވެ. އެގޮތުން މި ދާ ޢވާގައ ހުށަހަޅާފައިވި 54 )ފަންސާސް ހަތަރެއް( އިންވޮއިސްތަކުގެ ތެރެއިން ގްރޯސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ލެޝަރ ކޯ ރގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ފައިސާ ދައްކަންޖެހެނީ 23 )ތޭވީސް( އިންވޮއިސް ކަމަށް ސިވިލް ކޯޓުގެ ނަންބަރ 1627/Cv-C/2020 ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.
6އިސްވެ ބަޔާންކުރެވުނު ސިވިލް ކޯޓުގެ ޤަޟިއްޔާގައި ގްރޯސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ލެޝަރ ކ ރީ ގ މޯލްޑިވްސް ޕްރައިވެޓ ލިމިޓެޑަށް ފައިސް ދައްކަންޖެހެނީ 23 )ތޭވީސް( އިންވޮއިސް ކަމަށް ކަނޑައަޅާފައިވުމުން، 54 )ފަންސާސް ހަތަރެއް( އިންވޮއިސްގެ ތެރެއިން ބާކީވާ 31 )އެއްތިރީސް( އިންވޮއިސްގްފައިސާ ހޯދުމަށް ލެޝަރ ކާރގޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މޯލްޑިވްސ ސީސޯލޓާ)އަޙްމަދ ޝާކިރު ( ގެ މައްޗަށް ދަޢުވާކުރިއެވެ. މި ދައުވާ ބަލަމުން ގެންދަނީ ސިވިލް ކޯޓުގެ ނަންބަރ 568/Cv-C/2023 ޤަޟިއްޔާއިންނެވެ.މ މައްސަލާގައި ޖަވާބުދާރީވުމަށް މޯލްޑިވްސް ސީސޯލްޓް )އަޙްމަދ ޝާކިރު( އަށް ދިން ފުރުސަތުގައި،މޯލްޑިވްސް ސީސޯލްޓް )އަޙްމަދ ޝާކިރު (ގެ ފަރާތުން ކޯޓުގެ އޚި ތިޞާޞާމެދ ސުވާލު އުފެއްދިއެވެ.
7އިސްތިއުނާފު ކުރެވިފައި މިވަނީ ސިވިލް ކޯޓުގެ ނަންބަރު 568/Cv-C/2023 ޤަޟިއްޔާގެ ތެރެއިން ނިންމާފައިވާ ކޯޓުގެ އޚި ތިޞާޞާމެދު ނިންމިގޮތެވެ. ސިވިލް ކޯޓުގެ އިޚްތިޞާޞާމެދު ނިންމިގޮތް:
8ސިވިލް ކޯޓުގެ ނަންބަރު: 144-B11/IN/2023/02 ކޯޓުގެ އިޚްތިޞާޞާމެދު ނިންމެ ގޮތަށި ބެލިއިރު، އ ނިންމުމަކް، ލެޝަރ ކާރގޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން މޯލްޑިވްސް ސީސޯލްޓް )އަޙްމަދު ޝާކިރު( ހަދާފައިވާ ޚިދުމަތްތަކަށް ދައްކަންޖެހޭ ޖުމްލަ US$ 49,456.7 )އެމެރިކާ ޑޮލަރި ސާޅީސް ނުވަހާސް ހަތަރުސަތޭކަ ފަންސާސް ހައެއް ސެންޓްސް ހަތެއް ( އާއަ ޤާނޫނީ ވަކީލަށް ޚަރަދުކޮށްފައިވާ ޖުމްލަ US$ 3242.54 )އެމެރިކާ ޑޮލަރު ތިންހާސް ދުއިސައްތަ ސާޅިސްދޭއް ސެންޓްސް ފަންސާސް ހަތަރެއް( އާއި އިންވޮއިސްގައިވާ ގޮތުގެމަތީން ޖޫރިމަނާ ފައިސާ ދަޢުވާލިބޭ ފަރާތުން ހޯދުމަށް ސިވިލް ކޯޓުގެ ނަންބަރ B11/IN/2023/02-144 ކޯޓުގެ އިހްތިޞާޞާމެދު ނިންމިގޮތް އެދް ލެޝަރ ކާރގޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުނ ހުށަހެޅުމުން ބަލާފައިވާ މައްސަލައެއްކަން އެނގެން އޮވެއެވެ. ސިވިލް ކޯޓުން ނިންމަވާފައިވާ ނިންމުމުގައިވަނީ؛ ..." ދާންފަހެ، އިސްވެ ބަޔާންކުރި ނުކުތާތަކަށް ބެލުމުން، ލެޝަރ ކާގޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މޯލްޑިވްސެ ސީސޯލްޓް )އަޙްމަދ ޝާކިރު(ގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވެކުރިއަށް ގެންދިއުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެންވާކަމަށް ކަނޑައަޅައިފީމެވެ." މިފަދައިންނެވެ. އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް:
9ސިވިލް ކޯޓުގެ ނަންބަރު: 144-B11/IN/2023/02 ކޯޓުގެ އިޚްތިޞާޞާމެދު ނިންމިގޮތް ނިންމާފައިވާގޮތާމެދު ހިތްހަމަނުޖެހިގެން އެ ނިންމުން އިސްތިއުނާފ ކުރުމަށް މޯލްޑިވްސް ސީސޯލްޓް )އަޙްމަދ ޝާކިރު(ގާފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛
9.1- ސިވިލް ކޯޓުގެ ނަންބަރު:144-B11/IN/2023/02 ނިންމެވުމުގައި، ސުޕްރީމް ކޯޓުގެ ނަންބަރު: 2016/SC-A/25 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާ ރެސްޖުޑިކާޓާގެ މަބްދަޢު ތަޠްބީޤު ކޮށްފައިވަނީ ރަނގަޅަށްނޫންކނ ނުވަތް ފުރިހަމައަށް ތޠަ ބީޤްކޮށްފައިނުވުން؛
9.2- ސިވިލް ކޯޓުގެ ނަންބަރު:144-B11/IN/2023/02 ނިންމެވުމުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3.8 ގައި "މިހާރު ހުށަހެޅު ކުރިޔަށްމިދާ ޤަޟިއްޔާގައި )ސިވިލ ކޯޓުގް ނަންބަރު: 568/Cv-C/2023 ޤަޟިއްޔާގައި( ފައިސާ ހޯދުމށަ އެދް ހުށަހަޅާފައިވި ބިލތަކަކު ސިވިލ ކޯޓުގެ ނަންބަރު: 1627/Cv-C/2020 ޤަޟިއްޔާއިން ހުށަހެޅި އެކަމުގެ މައްޗަށްގޮތެއް ނިންމަވާފައިވާ ބިލުތަކެއް ނޫން" ކަމުގައި ކަނޑާއަޅުއްވާފައިވަނީ، މައްސަލާގައި ހުށަހެޅިފައިވާ ލިޔެކިޔަނތަކަށާއ އަދި ސިވިލް ކޯޓުގެ ނަންބަރު: 1627/Cv-C/2020 ޤަޟިއްޔާގެ ނިންމުމަށް ވާސިލްވި ސަބަބުތަކަށް ފުރިހަމައަށް ރިޢާޔަތްކުރުމެއްނެތި ކަމުގައިވުން؛
9.3- ސިވިލް ކޯޓުގެ ނަންބަރު: 568/Cv-C/2023 ޤަޟިއްޔއިނާ ކޮށްފައިވް ދަޢުވާ މޯލްޑިވްސް ސީސޯލްޓް / އަޙްމަދު ޝާކިރުގެ މައްޗަށް ކުރުމުގެ ޤާނޫނީ ހައިސް އްޔަތު އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިގެން ނުވާކަމުގައި ބަޔާންކޮށްފައިވަނީ، ދަޢުވާގައި ބަޔާންކުރާ ހިދުމަތް އިސްތިއުނާފުކުރާ ފަރާތުން ލިބިގަނެފައިނުވާތީކަމަށް ހަމައެކަނި ސިވިލް ކޯޓުނ ބަޔާންކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ހުށަހެޅުމަށް ފރިހަމައަށ ރިޢާޔަތްކޮށްގެން ނޫންކަމުގައިވުން؛
9.4- ސިވިލް ކޯޓުގެ ނަންބަރު: 568/Cv-C/2023 ޤަޟިއްޔާއިން ކޮށްފައިވާ ދަޢުވާއަކީ، އިސްތިއުނާފު ކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދީފައިވާ ޚިދުމަތަކަށް ފައިސ ހޯދުންކަމަށ ޝަރީޢަތުން މާނަކޮށްފައިވާއިރު، އިސްތިއުނާފި ކުރު ފަރާތުން މައުޟޫޢީ މައްސަލާގައި ސާބިތުކޮށްދޭންޖެހޭ ނުކުތާއަކީ، އިސްތިއުނާފު ކުރާ ފަރާތުގެ ކިބައިން ދަޢުވާގައި ބަޔާންކުރާ ޚިދުމަތާ އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިގެންފައިވާކަނ ނުވަތް އިސްތިއުނާފަ ކުރު ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދަޢުވާގައި ބަޔާންކުރާ ޚިދުމަތް ދީފައިވާކަން ސާބިތުކޮށްދިނުން ކަމުގައިވާއިރު، މައްސަލައިގެ މައުޟޫޢީ ޖަވާބުވެސް ހުށަހެޅުމުގެ ކުރިން، ސިވިލް ކޯޓުގެ ނަންބަރު:144-B11/IN/2023/02 ނިންމެވުމުގެ ފާހަގަކުރެވުނު ނުކުތާތަކުގެ
3.5 ވަން ނުކުތާގައި، އިސްތިއުނާފު ރއްދުވަ ފަރާތަކާ އިސްތިއުނާފުކުރާ ފަރާތަށް ޚިދުމަތް ދީފައިވާ ފަރާތެއްކަން ދަޢުވާއާއެކު ހުށަހެޅުނު އެއަރވޭ ބިލްތަކުނ ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވުމުން، މައްސަލައިގެ މައުޟޫގައި ކަނޑައަޅަންޖެހޭ ނުކުތާއަށް މައްސަލައިގެ މައުޟގެ ކުރިން ޙުކުމް ކުރެވިގެންދިޔން؛ ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން
10މި މައްސަލާގައި، ހުށަހެޅފައިވ ލިޔުންތަކަށާއި އިސްތިއުނާފު ކުރާ ފަރާތާއި އިސްތިއުނާފުރައްދުވި ފަރާތުން ދެއްކި ވާހަކަތި ކުށް ޝަރުޢީ އަދ ޤާނޫނީ ހަމަތަކުން ބަލާއިރު ތިރީގައިވާ ކަންކަން އެގޮތުގައި ހުރިކަމަށް އަހެރެނެނަށ ޤަބޫލް ކުރެ ވއެވ.
ރެސްޖުޑިކާޓާގެ މަބްދައު
11ސިވިލ ކޯޓުގް ނަންބަރު:144-B11/IN/2023/02 ނިންމެވުމުގައި، ސުޕްރީމް ކޯޓުގެ ނަންބަރު: 2016/SC-A/25 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާ ރެސްޖުޑިކާޓާގެ މަބްދއަފުރިހަމައަށް ތަޠބީޤްކޮށްފައ ނުވާކަމަށްއިސްތިއާނާފުކުރ ފަރތުނާ ފުރަތަމަ ނުކުތާގައި ފާހަގަކޮށްފައިވެއެވެ.
12HN1ރެސްޖުޑިކާޓާގެ މަބްދައުއަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުން ބަލައިގެންފައިވާ އަދި އެ މަބްދައުގެ މައްޗަށް ރިޢާޔަތްކުރެވިގެން ކޯޓުތަކުން މައްސަލަތައް ބެލިގެން ގޮސްފައިވާ މަބްދައު އެކެވެ.
13ރެސްޖުޑިކާޓާގެ މަބް ދއަ ނުވަތު ކަނޑައެޅި ނިޔާގެ ބާރު ލިބިގެންވާ ޙުކުމަކުން ނިމިފައިވާ މައްސަލައެއް ދެވަނަ ފަހަރަށް ޝަރީޢަތަށް ހުށަހެޅުން މަނާކުރާ މަބްދައުގެ ޙަޤީޤީ ބޭނުމަކީ، ޚަސްމުންގެ މެދުގައި އުފެދޭ މައްސަލަތަކަށް ޢަދުލު އިންސާފު ޤާއިމުކުރުމުގެ ނިޒާމުގެ ތެރެއިން ޙިމާޔަތާ ލިބި، އެ ފަރާތުގެ ޙައްޤުތަކާއި ޤާނޫނީ މަރުކަޒުތައް އިސްތިޤްރާރުވެގެން ދިއުމާއިއެކު ކޯޓާއި ޝަރީޢަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފި ހިފުން ހުއްޓުވުމެވެ.
14HN2HN3ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/25 )ބަނީ ހޯލްޑިންގްސް )ބީ.ވީ.އައި( ލިމިޓެޑް ވ. މޯލްޑިވްސ އިންލަންޑް ރެވެނިއު އޮތޯރިޓީ( ޤަޟިއްޔާގައި، ރެސްޖުޑިކާޓާގެ މަބްދައު ބިނާވެފައިވާ 3 )ތިނެއް( އުޞޫލު ބަޔާންކޮށްފައިވެއެވެ. އެއީ، އިޝޫ އެސްޓޮޕަލް )estoppel (issue ކޯސް އޮފް އެކްޝަން އެސްޓޮޕަލް (cause of action estoppel) އާއް އިޖުރާއަތުގެ ނަހަމަ ބޭނުން ހިފނު (abuse of process) ކަމަށ ބަޔާންކޮށް މި އޞު ލުތައް ތްޠ ބީޤ ކުރެވޭނެ ހަމަތައް އެޤަޟިއްޔާގައި ބުނެދީފައިވެއެވެ. މި ގޮތުން؛
1. މިއް ޞު ލުތަކުގެ ތެރެއިން އިޝޫ އެސްޓޮޕަލް estoppel) (issue ތަތުބީޤު ކުރެވޭނެގޮތް ބަޔާންކުރަމުން ފާހަގަކޮށްފައިވަނީ، އިޝޫ އެސްޓޮޕަލް ޤާއިމީކުރުމަށްޓަކައ އަންނަނިވި ޝަރުޠުތައް ފުރިހަމަވާންޖެހޭނެ ކަމަށެވެ . އެއް )ހ( ހުށަހަޅާފައިވާ ނުކުތާއަކީ )އެމަރު ޙލާގައި( އެ ނުކުތާގެ މައްޗަށް ކުރިން ނިންމުމެއް ނިންމާފައިވާ ނުކުތާއެއް ކަމުގައިވުން؛ )ށ( ބުނެވެދިޔަ ނިންމުން ނިންމާފައިވާނަމަ، އެ ނިންމުމެއް ނިހާއީ ނިންމުމަކަށް ވެފައިވުން،އަދި )ނ( އެނުކުތާގެ މައްޗަށް ކުރިން ނިންމުމެއް ނިންމާފައިވާ މައްސަލާގައި، ފަހުން ހުށަހަޅާފައިވާ މައްސަލައިގައި ހިމެނެނީ އެއް ފަރާތްތަކެއް ކަމުގައިވުން މިއެވެ. މި އުޞޫލުތަކުގެ ތެރެއިން ކޯސް އޮފް އެކްޝަން އެސްޓޮޕަލް estoppel) action of e(caus ތަތުބީޤު ކުރެވޭނެ ގޮތް ބަޔާންކުރަމުން އިސްވެ ބުނެވުނު ސުޕްރީމް ކޯޓުގ ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ،ކޯސް އޮފް އެކްޝަން އީސްޓޮޕަލް ޤާއިމް ކުރުމަށްޓަކައި، އަންނަނިވި ކަންކަން ފުރިހަމަވާންޖެހޭނެ ކަމަށެވެ. އެއް )ހ( ކުރިން އުފުލާފައިވާ ދަޢުވާއަކާއި ގުޅިގެން އިޚްތިޞާޞް ލިބިފައިވާ ކޯޓެއްގެ ނިންމުމެއް އޮތުން )ށ( ކުރިން ނިންމާފައި ވާ މައްސަލައިގައާއި، ފަހުން ހުށަހަޅާފައިވާ މައްސަލައިގައި ހިމެނެނީ އެއް ފަރާތްތަކެއް ކަމުގައިވުން؛ )ނ( ކުރިން ހުށަހެޅި މައްސަލައާއި ފަހުން ހުށަހެޅި މައްސަލައަކީ ފަރި ޤެއ ހުރް ތަފާތު ދެ މައްސަލަ ކަމުގައި ނުވުން؛ އަދ )ރ( ފަހުން ހުށަހެޅި މައްސަލައިގައި ހުށަހަޅާފައިވާ ނުކުތާތަކަކީ މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެކަށިގެންވާ މަސައްކަތްކޮށް ވސްނުންތެރިކަމާއެކު ހުށަހެޅިނަމަ، ކުރިން ހުށަހެޅި މައްސަލައިގައި ހިމެނި އެ މައްޗަށް ގޮތް ކަނޑައެޅޭނެ ނުކުތާތަކެއް ކަމުގައިވުން އެވެ. މި އުޞޫލުތަކުގެ ތެރެއިން އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުން )process of (abuse ތ ޠބީޤ ކުރެވޭނ ގޮތެ ބަޔާންކުރަމުން އިސްވެ ބުނެވުނު ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ބުނެފައިވަނީ، މިއުޞޫލަކީ ހުށަހެޅް މުއްސަލައަކ ގުޅިގެނާ ނިންމުމެއް ބޭނުންވާ ހުރިހާ ނުކުތާތަކެއް ހިމަނައިގެން ދަޢުވާކުރަނީ ލާޒިމްކުރާ އިޞލެއްކަމަށާއ މިގޮތުން ދަޢުވާ ހުށަހަޅާއިރު، މައްސަލައިގެ ބައި ބައި ވަކިވަކިން ހުށަހެޅުމުގެ ބަދަލުގައި، އެއްކޮށް އެއް މައްސަލައެއްގެ ތެރޭގައި ހުށަހަޅަން ހުރި ހުރިހާކަމެއް ހުށަނާޅައިފިނަމަ، މި އުޞޫލުގެ ދަށުނ ) ވަކި ޚާއޞް ޙާލަތްތަކެއްގައި މެނުވީ( ފަހުން ހުށަހަޅާ މައްސަލަ ބޭރުކޮށްލުމުގެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2016/SC-A/25 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 13.1.2 ވަނަ ނަންބަރުގައި، މިނަންބަރުގެ )ހ( )ށ( އަދި )ނ( ގައި ޝަރުޠުތައް ބަޔާންކޮށްފައި ވެއެވެ. ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/25 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 13.2.1 އައި 13.2.2 އަދި 13.2.3 ވަނަ ނަންބަރު ފުރުޞަތު އޮންނަކަމަށާއި، ރެސްޖުޑިކާޓާގެ މަބްދައުގެ ތެރޭގައި ހިމެނޭ އުޞޫލުތައް ތޠަ ބީޤިކުރުމުގައ އިޖުރާއަތުގެ ނަހަމަ ބޭނުންހިފަކަނ ނުވަތް ނޫންކަމުގެ މައްޗަށް ނަޒަރުކުރަނީ އިޝޫ އެސްޓޮޕަލް އަދ ކޯސް އޮފް އެކްޝަން އެސްޓޮޕަލް ތްޠ ބީޤ ނުކުރެވޭ ޙާލަތްތަކުގައި ކަމަށް ބަޔާންކޮށްފައިވެއެވެ. ރެސް ޖުޑިކާޓާގެ އުޞޫލު ސިވި ލ ކޯޓުން މި މައްސަލައަށް ތަތު ބީޤުކޮށްފައި އޮތްގޮތް ރަނގަޅުތޯ ބެލުން
15ލެޝަރ ކާރގޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހޅްމައްސަލައަކީ، ރެސްޖުޑިކާޓާގެ މަބްދައުއަށް ރިޢާޔަތެ ކޮށް،ކުރިއަށް ގެންދެވިދާނެ ދަޢުވާއެއް ކަމަށި ސިވިލް ކޯޓުން ނ ންމި ނިންމުން ބިނާކޮށްފައިވަނީ، އިސްތިއުނާފު ކުރެވިފައި މިވާ މައްސަލް ގައި އިސްތިއުނާފު ރައްދުވާ ފަރތުނ ފައިސާ ހޯދުމަށް އެދި ހުށަހަޅާފައިވާ ބިލްތަކަކީސިވި ލ ކޯޓުގެ ނަންބަރު 1627/Cv-C/2020 ޤަޟިއްޔާއިން ހުށހެޅަ އެކަމުގެ މައްޗަށް ގޮތެއް ނިންމާފައިވާ ބިލްތަކެއ ނޫންކަން އެނގެން އޮންނާތީ އާއި، ހަމައެއާއު ކ ބުނެވުނު ސިވިލް ކ ޓުގެ ނަންބަރު ޤަޟިއްޔާގެ ޚަސްމުންގެ ގޮތުގައި ހިމެނެނީ ތަފާތު ދެފަރާތެއް ކަމަށްވެފައި، އިސްތިއުނާފު ކުރެވިފައި މިވާ މައްސަލާގައި ހުށަހަޅާފައިވާ 31 )އެއްތިރީސް( ބިލާމެދު އެއްވެސް ކޯޓަކުން ގޮތެއް ނިންމާފައިވާކަން އެނގެން ނޯންނާތީ، އެކަމަށް ރިޢާޔަތްކޮށްގެން ކނަ އެނގެއެވެ.
16ސިވިލް ކޯޓުގެ ނަންބަރު 1627/Cv-C/2020 ޤަޟިއްޔ އިނާ ބައްލަވާ ނިންމާފައިވާ މައްސަލައިގެ ދަޢި ވާގެ ސީޣާއަށް ބަލާއިރު، އެ ދަޢުވާގައޯ އިސްތިއުނާފު ރައްދުވާ ލެޝަރ ކާރގާމޯލްޑިވްސ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެދިފައިވަނީ، ލެޝަރ ކްރގޯ މޯލްޑިވްސ ޕްރައިވެޓް ލިމިޓެޑުގެ އެއަރ ކޯ ރާގ އޭޖެންޓްކަމުގެ ދަށުން ގްރޯސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހޮންގކޮންގީއަށް ގެންދިޔަ ޝިޕްމެންޓްތަކުގެ އެއަރ ފްރައިޓް ޗަރޖަސްގ ގޮތުގައެ ދައްކަންޖެހި ފައިސާ ގްރޯސާ މޯލްޑިވްސް ޕްރައިވެޓ ލިމިޓެޑުން ދައްކާފައި ނުވާތީ އެ ފ އިސާ ގްރޯސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑގް ފަރތުނ ހޯދުމަށެވެ. އެ ދަޢުވާގައި ލެޝަރ ކާރގަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ގްރޯސަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ޖުމްލަ 92,747.70 USD )ނުވަދިހ ދަ ހާސް ހަތް ސަތޭކަ ސާޅީސް ހަތެއް އ މެރިކާ ޑޮލަރު ހަތްދިހަ ސެންޓް( ހޯދުމަށް އެދިފައިވެއެވެ. އެ ދަޢުވާ އަށް ބަލައި ސިވިލް ކޯޓުގެ ނަންބަރ 1627/Cv-C/2020 ޤަޟިއްޔާގއަ ކަނޑައަޅާފައިވަނީ މި ދ ޢަވާއާއެކ ހަށް ހަޅާފައިވާ އެއަރވޭ ބިލްތަކުގެ ތެރެއިން 31 )އެއްތިރީސް( އެއަރވޭ ބިލީ އ ކ ގްރޯސަރ މޯލްޑިވްސ ޕްރައިވެޓ ލިމިޓެޑުން ޝަޕަރގެ ހައިސިއްޔަތުން ފޮނުވާފައިވާ ޝިޕްމެންޓްތަކެއް ނޫންކަމަށޭ އ، އެ އެއްރވ ބިލްތަކުގައި ޝިޕަރގ ގޮތުގައެ ބަޔާންކޮށްފައިވަނީ މޯލީ ޑިވްސ ސީސޯލްޓ ކިޔް ކުންފުންޏކަށްވާތް، ގްރޯސަރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެ ބިލްތަކަށް ޒންމާވާންނުޖެހޭ ކަމަށެވެ. އެހެންކަމުން އިސްވެ ބުނެވުނު 31 ) އެއްތިރީސް( އެއަރވޭ ބިލްތަކަށް ސިވިލް ކޯޓުން ގޮތެއް ކަނޑައަޅާފައެއް ނުވެއެވެ.
17HN5ސިވިލ ކޯޓުގް ނަންބަރު 1627/Cv-C/2020 ޤަޟިއްޔއާއާ އިސްތިއުނާފު ކުރެވެމުން މި ބެލެވޭ ސިވިލް ކޯޓުގެ ނަންބަރ 568/Cv-C/2023 ޤަޟިއްޔާގެ މައުޟޫއު ބިނާވަނީ ލެޝަރަކާރގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފޯރުކޮށްދީފައިވާ ޚިދުމަތެއްގެ މައްޗަށްކަން އެނގެއެވެ. އެހެންނަމަވެސް މި ދެ ދަޢުވާގެ ސީޣާގައި ފަރަޤު ހުރިކަން އެނގެއެވެ. މިގޮތުން ސިވިލް ކޯޓުގެ ނަންބަރ 1627/Cv-C/2020 ޤިޟިއްޔާއާއަ އިސްތިއުނާފު ކުރެވެމުން މި ބެލެވޭ ސިވިލް ކޯޓުގެ ނަންބަރ 568/Cv-C/2023 ޤަޟިއްޔާގައި ހިމެނޭ ދަޢުވާގެ މައުޟޫއު ބިނާވެ ނ އެއްކަހަލަ ޚިދުމަތެއްކަމުގައިވީނަމަވެސް، މި ދެ މައްސަލައިގެދަޢުވާލިބޭ ފަރާތް ތަފާތެވެ. އެހެންކަމުން މި ދ މައްސަލައިގްޚަޞމުންތަފާތުކަނ އެނގެން އޮތުމުންނާއި އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި )އިސްތިއުނާފި ކުރެވާފައި މިވ ނިންމުން ބިނާވާޤަޟިއްޔާ( ގެ ސީޣާގައި ހިމެނޭ އެއްވެސް ކަމަކީ އޭގެކުރިން ނިންމާފައިވާ ސވިލ ކޯޓުގް ނަންބަރ 1627/Cv-C/2020 ޤަޟިއްޔާގައި ގޮތެއް ކަނޑައަޅް ފައިވާ ކޮމެއ ނޫންކަން އެނގެން އޮތުމުން، ސިވިލ ކޯޓުގެ ނަންބަރު 144-B11/IN/2023/02 ނިންމެވުމުގައި، ސުޕްރީމް ކޯޓުގެ ނަންބަރު: 2016/SC-A/25 ޤަޟިއްޔާއިން ކަނޑައަޅް ވާފައިވާ ރެސްޖުޑިކާޓާގެ މަބްދުއު މި މައްސަލައަށިތަޠބީޤްކޮށްފައެ ވަނީ ރަނގަޅަށް ކަމަށް ދެކެމވެ.
18HN4އިޖުރާއަ ތުގެ ނަހަމަ ބޭނުން ހިފުން (abuse of process) މި މައްސަލައަށް ތޠަ ބީޤަކުރެވެން އޮތްތޯ ބަލާއިރު، ކޯޓުގެ ބޭނުން ނަހަމަގޮތުގައި ހިފޭނެފަދަކަމަކަށް ފުރުޞަތު ލިބޭގޮތަކަށ ކޯޓަށް މައްސަލް ހުށަހަޅާ ފަރާތުންނާއި ދަޢުވާލިބޭ ފަރާތުގެ ޢަމަލުތައް ބަހައްޓާކމަށ ބެލެވެން އޮތްނަމަ އަދި އެފަދަ ކަމަކަށް ފަހިވާން ދިމާވާފަދަ ކަންތައްތަކެއް ހުރިނަމަ އެފަދަ ފުރުޞަތުތަކަށް ހުޅުވާލެވިފައިވާ ދޮރުތައް ބަންދުކުރުމާ އެކު އެކަން އެމަގުން ހިނގާދިއުން ހުއްޓުވުމަކީ ޢަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި ކޯޓުތަކުންވެސް ކުރަންޖހ ކަމެކެވެ.
19ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގެ ބޭނުމަކީ، އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުންކަން ދެނެގަނެވޭނީ، ކޮންމެ މައްސަލައެއްގައިވެސް ކަންހިނގާ އ ދަގޮތަށާއި، މައްސަލައިގެ މައުޟޫޢު އަށާއި، ކޮންމެ މައްސަލައެއްގެ ވެސް ވަށައިގެންވާ ކަންތައްތަކުގެ މައްޗް ށ ބަލައި ރިޢާޔަތް ކޮށްގެންނެވެ. މގޮތުނި ދަޢުވާއެއް ހުށަހަޅާއިރު، އެއްކޮށް އެއް މައްސަލައެއްގެ ތެރޭގައި ދަޢުވާ ހުށަހެޅެން އޮތްކަމެއްގައި އ ދަޢުވާގެ މައުޟޫޢުގައި ހިމެނިދާނެކަމެއް ވަކިވަކަކޮށްގެނ ދަޢުވް ލިބާ ފަރާތަށް ގެއްލުން ދިނުމުގެ ޤަޞްދުގައި ދަޢުވާތައް ކުރަމުންދަނީނަމަ އެކަމަކީ ރެސްޖުޑިކާޓާގެ މަބްދައުގެ ތެރޭގައި ހިމެނޭ "އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުން" ތްޠްބީޤކޮށް އެ މައްސަލައަކީ ކޯޓުން ބެލެން ނެތް މައްސަލައެއް ކަމުގައި ކަނޑައެޅުމުގެ ފުރުޞަތު އޮންނާނެ މައްސަލައެކެވެ.
20މި މައްސަލައިގައި ފެންނަންހުރި ޙަޤީޤަތްތަކުގެ މައްޗަށް ބަލާއިރު ސިވިލް ކޯޓުގެ ނަންބަރު 1627/Cv-C/2020 ޤަޟިއްޔާއާއި އިސްތިއުނާފު ކުރެވެމުން މި ބެލެވޭ ސިވިލް ކޯޓުގ ނަންބަރު:144-B11/IN/2023/02 ނިންމުން ބިނާވާ ސިވިލް ކޯޓުގެ ނަންބަރު 568/Cv-C/2023 ޤަޟިއްޔާގައ ހިމެނި ދަޢުވާގެ މައުޟޫއު ބްނާވަނި އެއްކަހަލަ ޚިދުމަތކަށުކަމުގައިވީނަމަވެސް، މި ދެ މައްސަލައިގާ ދަޢުވާލިބޭ ފަރާތް ތަފާތްވެފައި، އިސްތިއުނާފު ކުރެވިފައިވާ ސިވިލ ކޯޓުގެ ނަންބަރު 568/Cv-C/2023 ޤަޟިއްޔާގައި ހިނގަމުންދާ މައްސަލައަކީދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި ފަރުވާއެއް ލިބިފައިނުވާ މައްސަލައެއްކަން އެނގެން އޮންނާތީ، އިސްތިއުނާފު ކުރެވިފައި މިވާ ދަޢުވާ ހުށަހެޅުމަށް ފުރުސަތު ދިނުމަކީ، ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުން ކަމުގައި ނުދެކެމެވެ.
21ބުނެވިދިޔަ ކަންކަންކަނ އެހެން ހުރުމުން ސިވިލް ކޯޓުގް ނަންބަރު:144-B11/IN/2023/02 ނިންމެވުމުގައި، ސުޕްރީމް ކޯޓުގެ ނަންބަރު: 2016/SC-A/25 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާ ރެސްޖުޑިކާޓާގެ މަބްދަޢު ތަޠބީޤުކޮށްފައިވަނީ ރަނގަޅަށްނޫންކަމަށް ބުނާނެ ތަނެއް އޮތް ކަމަކަށް ނުދެކެމެވެ.
ނިންމުމަށް ވާޞިލުވި ސަބަބު ބުނެދިނުން
22ސިވިލް ކޯޓުގެ ނަންބަރު:144-B11/IN/2023/02 ނިންމެވުމުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3.8 ގައި "މިހާރު ހުށަހެޅު ކުރިޔަށްމިދާ ޤަޟިއްޔާގައި )ސިވިލ ކޯޓުގް ނަންބަރު: 568/Cv-C/2023 ޤަޟިއްޔާގައި( ފައިސާ ހޯދުމަށް އެދި ހުށަހަޅާފައިވާ ބިލްތަކަކީ ސިވިލް ކޯޓުގެ ނަންބަރު: 1627/Cv-C/2020 ޤަޟުއްޔާއިނ ހުށަހެޅް އެކަމުގެ މައްޗަށް ގޮތެއް ނިންމަވާފައިވާ ބިލްތަކެއް ނޫން" ކަމުގައި ކަނޑައަޅާފައިވަނީ މައްސަލާގައި ހުށަހެޅިފައިވާ ލިޔެކިޔންތަކަށާއ އަދި ސިވިލް ކޯޓުގެ ނަންބަރު: 1627/Cv-C/2020 ޤަޟިއްޔާގެ ނިންމުމަށް ވުޞާލި ވި ސަބަބުތަކަށް ފުރިހަމައަށް ރިޢާޔުތްކުރުމެއްނެތ ކަމުގައި އިސްތިއުނާފު ކުރާ ދެވަނަ ނުކުތާގައި އިސްތިއުނާފްކުރާ ފަރާތުން ފާހަގަކުރެއެވެ. އެގޮތުން މި ނުކުތާގެ ތަފުޞީލގައ އިސްތިއުނާފި ކުރު ފަރާތުން ފާހަގަކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރ 1627/Cv-C/2020 ޤަޟިއްޔާ އަކީ، ސިވިލް ކޯޓުގެ ނަންބަރ 568/Cv-C/2023 ޤަޟިއްޔާގައި ވެސް، ހުށަހެޅުނު 31 އ ންވޮއިސް ހިމި ނޭގޮތުން ޖުމްލަ 54 އިންވޮއިސްއަކަށް ފައިސާ ހޯދުމަށް ކޮށްފައިވާ ދަޢުވާއެއްކަމަށާއި، އަދި އެ ޤަޟިއްޔާ ގައި ޖުމްލަ 23 އިންވޮއިސް އަކަށްވ ފައިސާ ސާބިތުވާކަމަށް ކަނޑައަޅާފައިވާއިރު، 31 އިންވޮއިސްއަށް ސިވިލް ކޯޓުގެ ނަންބަރ 1627/Cv-C/2020 ޤަޟިއްޔާގެ ތެރެއިން ޢަމަލުކޮށްފައިވާ ގޮތެއް އިސްތިއުނާފު ކުރެވިފައި މިވާ ނިންމުމުގައި ބަޔާންކޮށްފައި ނުވާކަމަށެވެ.
23HN6މައްސަލައެއްގެ ނިންމުމަށް ވާޞިލުވި ސަބަބު ބަޔާންކުރުމަކީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނި މާއްދާގަ )ހ( އިން ކަށަވަރަކޮށްދީފައިވާ އިންސާފުވެރި ޝަރީޢަތެއް ކުރުމުގެ މައިގަނޑު އުންޞުރު ކަމުގައެ ބަޔާންކުރަމުން ދިވެހިރާއްޖޭގެ ސޕްރީމު ކޯޓުގް އަޙްމަދު އިސްމާޢީލް ވ. ލަޠީ ފ ޙަސަން މައްސަލާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މައްސަލައިގެ ނިންމުމަށް ވާޞިލެވު ސަބަބުތައް ބަޔާންކުރުމުގައި ކަންކުރަންޖެހޭގޮތުގެ ބައެއް އުޞޫލުތައް ވަނީ ބުނެދީފައެވާ.އެގޮތުން ސުޕްރީމް ކޯޓުގެ ބުނެވުނު ޤަޟިއްޔާގައި ފާހަގަކޮށްފައިވަނީ "ޙުކުމަށް ވީ ޞްލުވި ސަބަބު ބަޔާންކުރުމުގެ ވާޖިބު" އެއް ހަމައެކަނި ކޯޓަށް ހުށަހެޅިފައިވާ ޤަޟިއްޔާއެއްގައި ޙުކުމެއް ކުރާއިރު، ހަމައެކަނި "ޙުކުމް" ގެ މައްޗަށ ތަޠުބީޤ ކުރު ގޮތަށާ އޮންން އުޞޫލެއް ނޫންކަމެވެ. އަދި ޤަޟިއްޔްއެއްގައ ކުރެވި ޙުކުމް ބިނާކުރަނީ ދެފަރާތުން އެކަމާއިމެދު ދެކެވޭ ވާހަކަތަކެއްގެ މައްޗަށާއި ހުށަހެޅިފައިވާ ދަލީލުތައްވެސް ވަޒަންކރެވިގެނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާ [2021]SC 30 ކަމަށްވާތީ މައްސަލައާއި ގުޅިގެން ނިންމާ ނިންމުންތަކުގައި މައްސަލަ ބައްލަވާ ފަނޑިޔާރު އޭނާގެ ނިންމުމަށް ވްޞީލުވި ސަބަބުތައް ތަފްޞީލުކޮށް ބަޔާންކޮށްދޭނާޖެހޭނެކަމަށެވެ. އަދި މިފަދަ ނިންމުންތަކުގައި، ނިންމުމަށް ވަޞުލުވި ސަބބެ އެނގުމަކީ މައްސަލައިގެހިމެނޭ ޚަޞްމުންގެ ޙައްޤެކެވެ.
24އިސްތިއުނާފު ކުރެވިފައި މިވާ ނިންމުމަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވާ ކަންތައްތަކަށް ރިޢާޔަތް ކޮށްފައިވާކަން އ އިސްތިއުނާފުކުރެވިފައި މިވާ ނިންމް މަށ ބެލުމުން އެނގެއެވެ. އަދި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ 31 އިންވޮއިސްއަށް ސިވިލް ކޯޓުގެ ނަންބަރު 1627/Cv-C/2020 ޤަޟިއްޔާ އިން ފިރުވާލިބިފައަ ނުވަނީ ކިހިނަކުންކަންވެސް މި ނިންމުމުގައި ސާފުކޮދީފައިވާކަން އ ސްތިއުނާފ ކުރެވިފައި މިވާ ނިންމުމުގެ 3.8 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާކަން އެނގެން އ ވެއެވެ.މ މައްސަލި ދަށު ކޯޓުގައި ބެއްލެވި ފަނޑިޔާރު މައްސަލައިގެ ޙުކުމަށް ވުޞލުވެފައިވަނީ އިސްތިއުނާފްކުރާ ފަރތުނާދިފާޢުގައ ހުށަހަޅާފައިވި ނުކުތާތަކާއި ދައްކާފައިވާ ވާހަކަތަކަށް މައްސަލައިގެ ޙުކުމަށް ވެޞ ލުވިއިރު ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނުއިސް ތިއުނާފާ ކުރާ ފަރާތުން ފާހަގަކޮށްފައިވި،މ ނުކުތާގައި ޝަރީޢަތުން ރިޢާޔަތްކުރަންޖެހި ރިޢާޔަތްކޮށް ފައްނުވާ ހަރުދަނާ އެއްވެސްކަމެއް ފާހަގަކުރެވިފައިވާކަމަށ ބެލެވެން ނެތެވެ. ސިވިލް ކޯޓުގެ ނަންބަރު: 144-B11/IN/2023/02 އިޚްތިޞާޞާމެދު ނިންމިގޮތުގެ މ އްޗަށް ބަލާއިރު، އަދި ބުނެވުނު ނިންމުމަށް ވާޞިލުވި ސަބަބި ތައް ބުނެދެވިފައިވާގޮތަށް ބަލާއިރު، އެ ސަބަބު އެކަށީގެންވާ މިންގަނޑަކުން ބުނެދެވިފއ އޮތްކަމުގައި ދެކެމެވެ. މައުޟޫޢީ ގޮތުން މައްސަލައިގެ ގޮތެއް ކަނޑައަޅާފައިވާކަމަށް ބުނާ ބުނުން
25ސިވިލް ކޯޓުގެ ނަންބަރު: 144-B11/IN/2023/02 ނިންމެވުމުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3.5 ވަނަ ނުކުތާގައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ އިސްތިއުނާފުކުރާ ފަރާތަށް ޚިދުމަތް ދީފައިވާ ފަރާތެއްކަން ދަޢުވާއާއެކު ހުށަހެޅުނު އެއަރވޭ ބިލްތަކް ނ ސާބިތުވާކަމަށް ކަނޑައަޅފައިވުމުން، މައްސަލައިގެ މައުޟޫގައި ކަނޑައަޅަންޖެހޭ ނުކުތާއަށް މައްސަލައިގެ މައުޟޫގެ ކުރިން ޙުކުމްކުރެވިގެން ދިޔަކަމަށް އިސްތިއުނާފުކުރާ ފަރާތުން ހަތަރު ވަނަ ނުކުތާގައި ފާހަގަކޮށްފައިވެއެވެ. ސިވިލް ކޯޓުގެ ނަންބަރު:B11/IN/2023/02-144 ނިންމެވުމުގެ ފާހަގަކުރެވުނު ނުކުތާތަކގު 3.8ގައި
26ސިވިލް ކޯޓުގެ ނަންބަރު: 144-B11/IN/2023/02 ނިންމެވުމުގެ ފާހަގަކުރެވުނު ނުކތާތަކުގު 3.5 ވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ "ދައުވާކުރާ ފަރާތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ 31 ) އެއްތިރާސް( އެއަރވޭ ބިލްތަކަށް ފުރަތަމަ ނަޒަރުން ބަލާއިރު، ދައުވާލިބޭ ފަރާތުން ޚިދުމަތްތައް ހޯދާފައިވަނީ ދަޢުވާކުރާ ފަރާތުން ބަޔާންކޮށްފައިވެއެވެ. އެނނޫ ގޮތަކަށް އޮތްކަނ ސާބިތުކޮށް މައްސަލާގެ ގޮތެއް ނިންމޭނީ މައުޟޫޢީ ދައުވާގެ ތެރެއިން މައްސަލަ ބަލައިގެން ކަމަށްވާތީ، ދަޢުވާކުރާ ފަރާތަށް މިމައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުގެ ހައޞި އްޔަތު ލިބިގެންވާކަމަށް ދެކެމެވެ." މިފަދައިންނެވެ.
27HN7އިސްވެ ބަޔާން ކުރެވުނު ނުކުތާއަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތަކީ އިސްތިއުނާފްކުރާ ފަރާތަށް ޚިދުމަތް ދީފައިވާ ފަރާތެއްކަނިކަނޑައަޅާފައިވަނީ މިހާރު ސިވިލް ކޯޓުން ހިންގާ މައްސަލަ ބިނާކޮށްފައިވާ އެއަރވޭ ބިލްތަކުގައި ޝިޕަރ ނުވަތަ ޚިދުމަތް ހޯދު ފަރާތުގެ ގޮތުގައި އިސްތިއާ ނާފު ކުރި ފަރާތުގެ ނަން އޮތްކަމާއިމެދު ސުވާލުނެތްހިނދު އެހިނދަށް ފެންނަން އޮތް ޙަޤީޤަތްތަކުގެ މައްޗަށ ބިނާކޮށްގެންކަން އެނގެއެވެ. އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު: 144-B11/IN/2023/02 ނިންމެވުމުގައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ އިސްތިއުނާފު ކުރް ފުރާތަށަ ޚިދުމަތް ދީފައިވާ ފަރާތެއްކަން ދަޢުވާއާއެކު ހުށަހެޅުނު އެއަރވޭ ބިލްތަކް ނ އެނގެން އޮންނަކަނ ބަޔާންކޮށްފައިވުމަކީ،މައްސަލައިގެ މައުޟޫގައި ކަނޑައަޅަންޖެހޭ ނުކުތާއަށް މައްސަލައިގެ މައުޟޫގެ ކުރިން ޙުކުމްކުރެވިގެނުދިޔަކަމަ ށ އިސްތިއުނާފ ކުރާ ފަރާތަށް ބުނެވޭނެ ހަމައެއް އޮތްކަމަކަށް ނުދެކެމެވެ.
28ސިވިލ ކޯޓުގް ނަންބަރު: 568/Cv-C/2023 ޤަޟިއްޔާއިން ކޮށްފައިވް ދަޢުވާ މޯލްޑިވްސް ސީސޯލްޓް / އަޙްމަދު ޝާކިރުގެ މައްޗަށް ކުރުމުގެ ޤާނޫނީ ހައިސިއްޔަތު އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިގެން ނުވާކަމުގައި ބަޔާންކޮށްފައިވަނީ، ދަޢުވާގައި ބަޔާންކުރުޚދުމަތް އިސްތިއުނާފ ކުރާ ފަރާތުން ލިބިގަނެފައި ނުވާތީކަމަށް ހަމައެކަނި ސިވިލް ކޯޓުން ބަޔާންކޮށްފައިވަނީ އިސްތިއުނާފު ކުރި ފަރާތުން ހުށަހެޅި ހުށަހެޅުމަށ ފުރިހަމައަށް ރިޢާޔަތްކޮށްގެން ނޫންކަމުގައި ބުނެ ހުށަހެޅި ނުކުތާއަށް ރިޢާޔަތްކުރާއިރު، މ ނުކުތާގައި ފާހަގަކޮށް މި ކޯޓުގައި ދައްކާފައިވާ ވާހަކަތަކާމެދ ގޮތެއު ކަނޑައަޅަން އަހުރެންނަށް ނުފެނެއެވެ. ސަބަބަކީ، މި ކަންކަމަކީ، މި މައްސަލަ މައުޟޫޢީ ގޮތުން ބަލާއިރު ގޮތްތަކެއް ކަނޑައެޅުމުގެ ފުރު ޞުތ އޮތު ކަންތައްތަކެއް ކަމުގައިވުމެވަ . އަދި މި މަރޙް ލާގައި އެކަންކަމާމެދު ގޮތްތަކެއް ނިމިއްޖެނަމަ، މައްސަލައިގެ މައުޟޫޢަށް އަސަރުކުރާ ކަމެއްގައި ގޮތްތަކެއް ކަނޑައެޅިގެން ދާނެއެވެ. ކަންމިހެން އޮތުމުން އެކަމުގައި ގޮތެއް ކަނޑައޅުމަށ އަހުރެންނަށް ނުފެނެއެވެ.
ނިންމަން ފެންނަގޮތް
29އިސްވެ ބަޔާންކު ރަނިވު ކަންކަން އެގޮތުގެ މަތީން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރ 144-B11/IN/2023/02 ކޯޓުގެ އިޚްތިޞާޞާމެދު ނިންމިގޮތް ނިންމާފައިވާގޮތާމެދު ހިތްހަމަނުޖެހިގެން އެ ނިންމުން އިސްތިއުނާފު ކުރުމަށް އެދޭ މޯލްޑިވްސް ސީސޯލްޓު)އަޙްމަދ ޝާކިރު(ގ ފަރާ ތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށ ރިޢާޔަތްކޮށް،އެ ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް އަހުރެން ދެކެމެވ.
ފަނޑިޔާރު މުޙައްމަދު ފައިޞަލގް ރައުޔު؛
30އިސްފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޙުސައިން މަޒދުގީ ރައުޔު؛
31އިސްފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
32މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފ ކުރުމުގެ ޙައްޤު މައްސަލައިގެ ޚަޞްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނ ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ހ(
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ (އިސްތިއުނާފުކުރުމުގެ އިޖުރާއަތު)
- ސުޕްރީމް ކޯޓުގެ 2016/SC-A/25 (ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ)
- ސުޕްރީމް ކޯޓުގެ [2021] SC 30 (އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.