ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު، ޙުސްނުއްސުޢޫދު
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު(ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުއަދ ފަނޑިޔާރު
ޙުއްސުއްސުޢޫދު ތާއީދު ކުރައްވާފައި)
ތަޢާރުފު
1ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް (ރަޖިސްޓަރީ ނަންބަރު 21581GST01 ) (މީގެ ފަހުން "ބަނީ ހޯލްޑިންގްސް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") އިން ހިންގާ ޓޫރިސްޓް ރިސޯޓެއްކަމުގައިވ "ސޮނެވާ ފުށު ބައި ސިކްސް ސެންސަސް" ގެ ވޯޓާވިލާ (މޫދު ކޮޓަރި) އެއް، އެ ކުންފުނީގެ ފަރާތުނ 2011 ވަނަ އަހަރު މާރކެޓް އޯވަރވިއ ކިޔު ކުންފުންޏަކަށް 35 (ތިރީސް ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ވިއްކާފައިވެއެވެ. މި މުޢާމަލާތަކީ، ޤާނޫނު ނަންބަރ 2010/19 (ޓޫރިސްޓު ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގ ދަށުން ޓެކްސް ދައްކަންޖެހޭ މުޢާމަލާތެއް ކަމުގއ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ(މީގ ފަހުނީ"މަރާ" ނުވަތް ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް") އިން ކަނޑައަޅައި، މީރާގެ ނަންބަރ 220-AA/PRIV/2012/354 (05 ފެބުރުވަރީ 2012) "ނޯޓިސް އޮފް ޓެކްސް އެސެސްމަންޓް" (Notice of Tax Assessment) އިން ބަނީ ހޯލްޑިންގްސް އަށް އެކަން އަންގާފައިވެއެވެ. އ މުޢާމަލާތުގެ ޖުމްލަ އަގު ކަމަށްވާ US$7,000,000/- (ހަތް މިލިއަން އެމެރިކާ ޑޮލަރު) ގެ %3.5 (ތިނެއ ޕޮއިންޓް ފަހެއް އިންސައްތަ) އަށްވާ ޖުމްލަ US$245,000/- (ދެލައްކަ ސާޅިސް ފަސްހާސް އެމެރިކާ ޑޮލަރު)، ޓިކްސްގ ގޮތުގައެ ދެއްކުމަށް މީރާއިން ބަނީ ހޯލްޑިންގްސް އަށް އެންގި އެންގުމާމެދު ބަނީ ހޯލްޑިންގްސް އިން ހިތްހަމަ ނުޖެހިގެން އެކަމާއި އިއުތިރާޟުކުރުމުނ، މީރާއިން ނިންމާފައިވަނީ، އެ މުޢާމަލެތަކާ ޓޫރިސްޓުން ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނ ގެ ދަށުން ޓެކްސް ދައްކަންޖެހޭ މުޢާމަލާތެއް ކަމުގައެވެ.
2މީރާގެ އެ ނިންމުމަކީ ޓޫރިސްޓުން ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނ އ ޚިލާފު ނިންމުމެއް ކަމަށާއި، މީރާއިން ނަގާފައިވާ ޓެކްސް ފައިސާއަކީ އެ ޤާނޫނުގެ ދަށުން ނެގޭނެ ޓެކްސްއެއް ނޫންކަމަށް ކަނޑައަޅައިދިނުމަށާއި، އަދި ޓެކްސް ގެ ގޮތުގައި ކަނޑައަޅާފައިވާ ފައިސާއަކީ ބަނީ ހޯލްޑިންގްސް އިން އިތުރަށް ދައްކާފައިވާ ޓެކްސް އަކަށްވާތީ،އ ފައިސާ އަދި ޖޫރިމަނާގެ ގޮތުގައި ނަގާފައިވާ ފައިސާ އެކީ އެއްފަހަރާ ހޯދުމަށް އެދި މީރާގެ މައްޗަށ ބަނީ ހޯލްޑިންގްސް އިން ޓެކްސް އެޕީލް ޓްރައިބިއުނަލުގައި ދަޢުވާ ކުރިއެވެ. އެ މައްސަލަ ބަލާފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ނަންބަރ TAT-CA-G/2013/001 މއްސަލައިންނެވެ. އ މައްސަލައިގައި ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމާފައިވަނީ ބަނީ ހޯލްޑިންގްސް އާ އެއްކޮޅަށެވެ.
3ޓިކްސ އެޕީލް ޓްރައިބިއުނަލްގެ އެ ނިންމުން، މީރާގެ ފަރާތުންދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލުނު އެ ކޯޓުގެ ނަންބަރ 2013/HC-A/298 ޤީޟިއްޔާއިނ ވަން ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ނަންބަރ TAT-CA-G/2013/001 ނިންމުމަކީ ބާޠިލު ނިންމުމެއް ކަމުގައި ކަނޑައަޅާފައެވެ.
4މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/298 ގަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލް ފަށްކަމަށް ބަޔާންކޮށަބަނީ ހޯލްޑިންގްސިގެ ފަރާތުން އެމައްސަލ ދިވެހިރާއްޖޭގު ސުޕްރީމް ކޯޓުގައި އިސްތު އެނާފ ކުރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އ މައްސަލަ ބެލި ގަޟިއްޔާއެވެ. އިސްތިއުނާފުކުރެވޭ މައްސަލްޓެކްސް އެޕީލްޓްރައިބިއުނަލުނ ނިންމާފައިވާ ގޮތް
5ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ނަންބަރު TAT-CA-G/2013/001 މައްސަލަ ބެލި 05 (ފަހެއް) މެންބަރުންގެ ތެރެއިން 04 (ހަތަރެއް) މެންބަރުންގެ އަޣްލަބިއްޔަތުން ނިންމާފައިވަނީ ބަނީ ހޯލްޑިންގްސް އިން ހިންގާ "ސޮނެވާ ފުށު ބައި ސިކްސް ސންސަސް" އިނ 2011 ވަނަ އަހަރު ޖަނަވަރީ މަހާއި ޖޫން މަހާ ދެމެދު 35 އަހަރު ދުވަހަށް "ވިއްކާފައިވާ" ވޯޓާވިލާ (މޫދު ކޮޓަރިއެއް) ވިއްކުމުގެ މުޢާމަލާތަކީ، ޓޫރިސްޓުން ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚެދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނ ގ ދަށުން ދައްކަންޖެހޭ ޓެކްސް އަކަށް ނުވާތީ، މީރާއިން ނަގާފައިވާ US$247,953/53 (ދެލައްކަ ސާޅީސް ހަތްހާސް ނުވަސަތޭކަ ފަންސާސް ތިންއެޕޮއިންޓ ފަހެއް ތިނެއް އެމެރިކާ ޑޮލަރު(، 12 އޮގަސްޓް 2013 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މީރާގެ ފަރާތުން ބަނީ ހޯލްޑިންގްސް އަށް އަނބުރާ ރައްދު ކުރުމަށް މީރާއަށް އަންގާފައެވެ.
6އްސްވ ބަޔާންކޮށްފައިވެ ފަދައިންޓެކްސ އެޕީލް ޓްރައިބިއުނަލުނަނިންމާފައިވަނީ އަންނަނިވ ކަންކަމުގެ މައްޗެ ށ ބިނާކޮށްކަން،އ ޓްރައިބިއުނަލުގެ ނަންބަރ TAT-CA-G/2013/001 މައްސަލައިގެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
6.1. ޓޫރިސްޓު ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނ ގެ 57 ވަނަ މާއްދާގެ (ހ) ގައި "ޓޫރިސްޓް" (tourist) އަކީ ކޮބައިކަން ބަޔާންކޮށްފައިވާކަމާއި، އެއީ ދިވެހިރާއްޖެއަށް އަންނަ ދިވެހި ރައްޔިތަކު ނޫން "ރެސިޑެންޓ ޕާރމިޓް" ނެތް ކޮންމެ މީހެއްކަމާއި "ރެސިޑެންޓް ޕާރމިޓް" އަކީ ޓޫރިސްޓެއް ނޫންގޮތަކަށް ރާއްޖޭގައި ހުންނަ ހުރުމަށް ކަމާބެހޭ ފަރާތެއް ދޭ ހ އްދައެއްކަން އެ ޤާނޫނުގެ 57 ވަނަ މާއްދާއިން އެނގކަނ؛
6.2. ދިވެހިރާއްޖޭގެ ރިސޯޓުތަކުގައި ގިނަ ޢަދަދެއްގެ އެނދު ސަޕްލައިކޮށްދެނީ ޓްރެވެލް އެޖެންޓުންނާއި ޓުއަރ ހޯލް ސޭލަރުން ކަމަށްވާތީ އާއެ،ޢާންމުކޮށް އެ ފަރާތްތަކަކީ "ކޯޕަރޭޓް ބޮޑީސް" ކަމަށްވާތީ، ޓްރެވެލް އެޖެންޓުންނާއި ޓުއަރ ހޯލްސޭލަރުނ ފަދައިން ޓޫރިސްޓެއްގ ގޮތުގައި ބެލި ނަމަވެސް، މާކެޓް އޯވަރވިއ އަކު އެ ވޯޓާ ވިލާގެ "ޕްރޮޕަޓީ ރައިޓްސް" (property rights) ގެ މިލްކުވެރި ފަރާތްކަމަށްވުމުން،މ ޙާލަތުގައި މާކެޓް އޯވަރވިއު އަކީ ޓްރެވަލް އެޖެންޓެއްކަމަށް ނުބެލެވޭކަނ؛
6.3. ރިސޯޓުތަކުގެ ވަކި ކޮޓަރިތަކުގެ ޙައްޤުތައް ވިއްކަނީ ނުވަތަ ބަދަލުކުރަނީ ޤަވާޢިދު ނަންބަރު: 2010/R-14 (ޓޫރިސްޓު ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ޤަވާޢިދު) ގެ ދަށުނ ކަމާއި، އެ ޤަވާޢިދުގެ 14 ވާނަ މާއްދާގަ ދަށުން ރިސޯޓެއްގެ ވަކި ކޮޓަރިތަކެއް ސްޓްރާޓާ އުޞޫލުން ލީޒ ކުރެވިދާނެކަން އެނގޭކަމާއި، މި މުޢާމަލާތަކީ މި ޤަވާޢިދުގެ ދަށުން ޓޫރިޒަމް މިނިސްޓްރީގެ ހުއްދައާއެކު ހިންގާފައިވާ މުޢާމަލާތެއް ކަމާއް،މިއީ ޢާއްމު އުޞޫލުން ޓޫރިސްޓަށ ކޮޓަރި ވިއްކާ އުޞޫލުން ކޮށްފައިވާ މުޢާމަލާތެއް ނޫންކަން؛
6.4. މި މުޢާމަލާތަކީ "އިމްމޫވަބަލް ޕްރޮޕަޓީ" (immovable property) ނުވަތު ނުއުފުލޭ މުދަލާ ގުޅޭ މުޢާމަލާތެއް ކަމާއި،އިސްވެ ޙަވާލާދެވުނު ޤަވާޢިދާ ގ ދަށުން ކުރެވޭ މުޢާމަލާތަކީ ޓެކްސް ކުރެވޭ މުޢާމަލާތެއް ކ މަށްވާނަމަ، ރިސޯޓެއް "ސަބް ލީޒް" ކުރާއިރުވެސ ޓޫރިސްޓު ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނ ގެ ދަށުން ޓެކްސް ކުރެވެން ޖެހޭނެ ކަމަށާއި، ނަމަވެސް އެފަދަ މުޢާމަލާތްތަކުން ޓެކްސް ނުނަގާ ކަމަށް މީރާއިން މި މައްސަލައިގެ އަޑުއެހުންތަކުގައި ބުނެފައިވާ ކަމާއި އެހެންކަމުން ޢާއްމު އުޞޫލުން ޓޫރިސްޓުންނަށް ކޮޓަރި ވިއްކުމާއި، ސްޓްރާޓާ އުޞޫލުން ކޮޓަރި ވިއްކުމުގައި ތަފާތުތަކެއް ހުރިކަން އެނގޭކަން؛
6.5. ޓޫރިސްޓު ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ޤަވާޢިދު ގެ 18 ވާނަ މާއްދާގަ (މ) ގައި ބުނެފައިވާ ގޮތުގެމަތިން، ލީޒްކުރެވޭ ފަރާތުން ލީޒްކުރާ ފަރާތާއެކު ކޮޓަރި ނުވަތަ ވިލާ އޮޕަރޭޓް ކުރުމާބެހޭ ގޮތުން އެގްރީމެންޓެއްގްއި ސޮއިކުރަންވާނީ ކަމަށެ ޝަރުޠުކޮށްފައި އޮތުމުން، މިފަދަ މުޢާމަލާތްތަކުގެ މަޤްޞަދަކީ ވިޔަފާރީގެ އުޞޫލުން ދިގުމުއްދަތަށ އިންވެސްޓްކޮށ މާލް މަންފާ ހޯދުންކަން އެނގޭކަމާއި، ޓޫރިސްޓުންނަށް މިފަދަ ތަންތަން މެނޭޖްމަންޓް އެގްރިމެންޓެއްގެ ދަށުން ވިއްކާ އިރު މުދު ލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނ ގެ ދަށުން ޓެކްސް ނެގޭކަމާއި، އެހެންކަމުން ދައުލަތަށް ލިބޭ ޓެކްސްގެ އާމްދަނީ ކުރިއެކޭ އެއްގޮތަށް ލިބެމުންދާކަނ؛
6.6. ބަނީ ހޯލްޑިންގްސް އިން ހިންގާ ސޮނެވާފުށި ރިސޯޓުން މާރކެޓް އޯވަރވިއު ކިޔާ ކުންފުންޏަކަށް ސްޓްރްޓާ އުޞޫލުން ލީޒްކޮށްފައިވާ ވިލާއަކީ ޓޫރިސްޓް ރިސޯޓުތަކުގެ ޙައްޤުތައް ބަދަލުކުރުމާބެހޭ ގޮތުން ހެދިފައިވާ ޓޫރިސްޓު ރިސޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ޤަވާޢިދާ ގެ ދަށުން ކުރެވުނު މުޢާމަލާތަކަށްވީހިނދު، އެ ޤަވާޢިދުގެ ދަށުން ޙައްޤުތައް ބަދަލުކުރެވޭ އހެނިހެނ އުޞޫލުތައް ކަމަށްވާ ޓޫރިސްޓް ރިސޯޓުތައް "ސަބް ލީޒް" (sublease) ކުރުމާއި، ހިއްސާ ބަދަލުކުރުމުގެ ދަށުން ކުރެވޭ އެއްވެސް މުޢާމަލާތަކުން މީރާއިން އެއްވެސް ޓީ.ޖީ.އެސް.ޓީ ދައްކަން ނުޖެހޭ ކަމަށް ބުނެފައިވާކަމުން، ޙައްޤުތައް ބަދަލުކުރުމަށް ކުރެވޭ މުޢާމަލާތަކީ ޓޫރިސްޓުން ޚިދުމަތެއް ދިނުމުގެ ގޮތުނ ކުރެވުނު މުޢާމަލާތެއް ކަމަށް ބެލެވެން ނެތްކަމާއި އަދި މިފަދަ އެއްވެސް މުޢާމަލާތަކުން ޓޫރިސްޓް ޚިދުމަތް ދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޙިދުމަތުގެ އަގުން ޓެކްސް ނެގޭނެ ކަމަށް ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއު ކ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނ ގައި ބަޔާންކޮށްފައި ނެތްކަން ؛ އަދ
6.7. ހަމައެކަނި ސްޓްރާޓާ އުޞޫލުން ލީޒްކުރެވޭ މުޢާމަލާތުން ޓޫރިސްޓު ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނ ގެ ދަށުން ޓްކްސެ ނެގޭގޮތަށް މާނަކޮށްފިނަމަ، އަދި އެ ޤާނޫނުގައި ކަނޑައެޅިގެން އެގޮތަށް ސްޓްރާޓާ އުޞޫލުން ލީޒްކުރެވޭ މުޢާމަލާތްތަކުން ޓެކްސް ނެގޭނެކަމަށް ބަޔާންކޮށްފައި ނުވާއިރު، ޓޫރިސްޓް ރިސޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމުގެ ވަކި މުޢާމަލާތަކުން ޓީ.ޖީ.އެސް.ޓީ ދައްކަނެޖެހޭނ ކަމަށް މާނަކޮށްފިނަމަ އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތަށް ތަފާތު ކުރުމެއް ކަމަށާއި، އަދި އެގޮތަށް ތަފާތު ނުކުރެވޭނެ ކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާކަނ. އިސްތިއުނާފުކުރެވ މައްސަލޭ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް
7ޓުކްސ އެޕީލް ޓްރައިބިއުނަލުގެ ނަންބަރ TAT-CA-G/2013/001 މައްސަލަ ނިންމާފައިވަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށްބުނެ،މީރާއިނު އެ ނިންމުނެއިސްތިއުނާފ ކޮށްދިނުމަށ އެދް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގ ނަންބަރ 2013/HC-A/298 ޤަޟިއްޔާއިން ބަލާފައިވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/298 ޤަޟިއްޔާގައި ޓެކްސް އެޕީލް ޓްރައިބިއުނަލުގު ނަންބަރ TAT-CA-G/2013/001 ނިންމާފައިވާ ނިންމުމަކީ ބާޠިލު ނިންމުމެއް ކަމުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމާފައިވެއެވެ.
8އިސްވެ ބުނެވުނު ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/298 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
8.1. މުރާއިނ ނިންމް ނިންމުމަކާމެދު ޓެކްސް ދައްކާ ފަރާތަކުން އިޢުތިރާޟުކުރާނަމަ، އެކަން މީރާއަށ ލިޔުމުން އަންގަންވާނީ ކަމަށެ ޤާނޫން ނަންބަރ 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގ 42 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާކަން؛
8.2. އެގޮތަށް ހުށަހެޅުމާ ގުޅިގެން މީރާ އިން ނިންމާ ނިންމުމާމެދު ވެސް ހިތްހަމަނުޖެހޭނަމަ އެކަމެއް އިސްތިއުނާފު ކުރުމަށް، އެ ހުށަހެޅުމާމެދު މީރާއިން ގޮތް ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅޭނެކަނ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނ ގެ 44 ވަނަ މާއްދާއިން އެނގެން އޮތުން؛
8.3. މީރާގެ ނިންމުމާމެދު އިޢުތިރާޟުކޮށް އެ ނިންމުން ޓެކްސް އެޕީލް ޓްރައިބިއުނަލުގައި އިސްތިއުނާފ ކުރުމުގު ޙައްޤު އުފަންވަނީ، ޓެކްސް ދައްކަންޖެހިފައިވެފަރާތުން މީރާއިން ކަނޑައެޅި ޢަދަދު މީރާއަށް ދެއްކުމުން ކަމާއި، އެ ޢަދަދު މީރާގެ ފަރާތުން ތިންވަނަ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ޓެކްސް ދައްކަންޖެހިފައިވާ ފަރާތުގެ ފައިސާއިން އުނިކޮށް އެ ފައިސ މީރާއަށް ނެގުމުން ނޫންކަން، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނ ގެ 44 ވަނަ މާއްދާގެ ސާފު ޢިބާރާތުން އެނގެން އޮތުމުން، ޓެކްސްއާ ގުޅޭގޮތުން މީރާއިން ޢަދަދެއް ކަނޑައަޅާފައިވާނަމަ، އެ ނިންމުން އިސްތިއުނާފު ކުރުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި ޓެކްސް ޓްރައިބިއުނަލަށް ހުށަހް ޅުމުގެ ކުރިން އެ ޢަދަދެއް ދެއްކުމަކީ، ޓެކް ސ ދައްކާ ފަރާތުގެ މައްޗަށް ލާޒިމުކުރާ ކަމެއްކަން އެނގޭކަން؛
8.4. މީރާގެ ނިންމުމާމެދު އިޢުތިރާޟުކޮށް އެކަން 30 (ތިރީސް) ދުވަހުގެ ތެރޭގައި ލިޔުމުން އަންގާފައި ނުވާނަމަ، ނުވަތަ އެ ނިންމުން ނިންމިތާ 30 (ތިރީސް) ދުވަހުގެ ތާރޭގައި ޓެކްސެ އެޕީލް ޓްރައިބިއުނަލަށް ހުށަހަޅާފައި ނުވާނަމަ، އެކަމުގެ މައްޗަށް ތަރުތީބު ވެގެންދާ ނަތީޖާއަކީ، އެ ނިންމުން ރައްދުވާ ފަރާތުން އެކަން ޤަބޫލުކުރީ ކަމަށް ޤާނޫނީގޮތުން ބެލެވުނު ކަމަށް ވުމާއެކު، ތަޤާދުމްގެ އުޞޫލުން މީރާއިން ޓެކްސް އާ ގުޅޭގޮތުން، ކްނޑައެޅި އ ޢަދަދުތަކަކީ ނުވަތަ ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމި ނިންމުމަކީ ޤާނޫނީ ގޮތުނ ބަނދެވިގެންދާ ނިހާއީ ނިންމުމަކަށް ވެގެންދާނެކަނ؛
8.5. ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުތައް ފާއިތުވުމަށްފަހު އެ މައްސަލައަކާ ގުޅިގެން މީރާގެ ފަރާތުން ފައިސާ ހޯދުމުގުނުވަތަ ތަންފީޒީ މަރުޙަލާގައި މަޢުޟޫއީގޮތުން ބަޙުޘް ކުރެވުމަކީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނ ގެ 42 ވަނަ މާއްދާ އާއި 44 ވަނަ މާއްދާގައި އިސްތިއުނާފ ކުރުމަށު ދީފައިވާ މުއްދަތުގެ ބޭނުމާއި މަޤްޞަދު ގެއްލި އެ މާއްދާތަކުގެ ޤާނޫނ ބާރު ގެއްލިގެންދާނެ ކަމެއކަނި ؛ އަދ
8.6. 31 ޖުލައި 2012 ގައި ނިންމާފައިވާ މީރާގެ ނަންބަރު 220-11/AO/2012 "އޮބްޖެކްޝަން ރިވިއު ރިޕޯޓް" (ދެވަނަ ނިންމުން) ނިންމުމާމެދު މައުޟޫޢީގޮތުން ޓެކްސް އެޕީލް ޓްރައިބިއުނަލުގައި ވާހަކަ ދެކެވި އެ ނިންމުމަށް ބަދަލު ގެނެސްފައިވުމަކީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ގެ 42 ވަނަ މާއްދާ އާއި 44 ވަނަ މާއްދާގައި އިސްތިއުނާފު ކުރުމަށް ދީފައިވާ 30 (ތިރީސް) ދުވަހުގެ މަފްޙޫމް ގެއްލި، އެ މާއްދާތަކުގެ ބޭނުން ނެތިގެން ދިޔުން ކަމުގައި، ޤާނޫނީގޮތުން ބަލަންޖެހޭތީ ޓެކްސް އެޕީލް ޓްރައިބިއުނަލުގެ އެ ނިންމުމަކީ، ޤާނޫނީ ގޮތުން ބާޠިލު ނިންމުމެއްކަން. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު
9ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/298 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކްމަށް ބުންބަނީ ހޯލްޑިންގްސް ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 04 (ހަތަރެއް) ސަބަބެއް ހުށަހަޅާފައިވެއެވެ.
9.1. މި މައްސަލައިގައި ޙަވާލާދީފައިވާ މައްސަލަ ޓެކްސް އެޕީލް ޓްރައިބިއުނަލުގައި ހިނގަމުންދިޔައިރު، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނ ގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މީރާގެ ނަންބަރ 220-11/AO/2012 "އޮބްޖެކްޝަން ރިވިއު ރިޕޯޓު" (ދެވަނަ ނިންމުން) ބަނީ ހޯލްޑިންގްސް އިން އިސްތިއުނާފު ކޮށްފައި ނުވާތީ، އެކަމުގެ މައްޗަށ މީރާގެ ފަރާތުން އިޖުރާއީ ނުކުތާއެއް ނަގާފައިވާ ކަމާއް،އެ ނުކުތާއާ ގުޅިގެނު ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން މީރާގެ ފަރާތުނ ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ ކޯޓުގެ ނަންބަރ 2013/HC-A/185 ޤަޟިއްޔާއިން އިސްތިއުނާފު ކުރެވި، ހައިކޯޓުން އެ މައްސަލަ ތާވަލްކުރުމުން އެ މައްސަލައިގެ އަޑުއެހުމަށް މީރުގެ ފަރާތުން ޙާޟިރުވެފައި ނުވާތީ އެ މައްސަލަ ބާޠިލުކޮށްފައިވާ ކަމާއި، ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ނަންބަރ TAT-CA-G/2013/001 މައްސަލައިން އެ މައްސަލަ ނިމުމުގެ ކުރިން، މީރާއިން ދެންނެވުނުއިޖުރާއީ ނުކުތޯއަލުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައި، އެ ކޯޓުގެ ނަންބަރ 2013/HC-A/258 ޤަޟިއްޔާއިން ބަލައިގަނެފައިވާހިނދު، އެ ޤަޟިއްޔާގެ ޙުކުމްކޮށްފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ނަންބަރ TAT-CA-G/2013/001 މައްސަލު ނިމުނަ ފަހުންކަމާއި،ބުނެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގްޤަޟިއްޔާގެ ޙުކުމްކޮށްފައިވަނީ،ޓެކްސުއެޕީލް ޓްރައިބިއުނަލުގެ ނަންބަރ TAT-CA-G/2013/001 މައްސަލަ ނިންމާފައިވާތީ، އެ މައްސަލަ ބެލުމުގެ މަޙައްލު ނެތިގޮސްފައިވާތީ، އެ މައްސަލަ ބެލޭނެ ތަނެއް ނެތް ކަމަށް ޙުކުމް ކޮށްގެން ކަމުގައިވާއިރު،ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރ 2013/HC-A/258 ޤަޟިއްޔާގެ ނިންމުން މީރާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައި ނުވާތީ، އެއް ނިހާއީ ޙުކުމެއް ކަމުގައި ދެކޭ ކަމަށާއި، އިސްތިއުނާފު ކުރެވެން ވާނީ މައްސަލައިގެ މައުޟޫޢީ ނުވަތަ ސަބްސްޓޭންޝަލ (substantial) ނުކުތާތކަ ގުޅިގެނާ ނިންމް ނިންމުން ކަމަށް ދެކޭ ކަމަށް ބުނީ ހުށަހަޅާފައިވާ ސަބަބެވެ.
9.2. ދެވަނަ ސަބަބަކީ،ޓެކްސް އެޕީލުޓްރައިބިއުނަލުގ ނަންބަރ TAT-CA-G/2013/001 މައްސަލައިގައި އެ ޓްރައިބިއުނަލުގެ "އިޖުރާޢީ ނުކުތާއާމެދު ޓްރައިބިއުނަލުގެ ނިންމުން" ގައިވ ކަންކަނާ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައި އެ މައުޟޫޢަށުދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރ 2013/HC-A/258 ޤަޟިއްޔާއިން ޙުކުމްކޮށްފައިވާތީ، އެކަމުގެ މައްޗަށް އެ ކޯޓުގެ ނަންބަރ 2013/HC-A/298 ޤަޟިއްޔާއިން ގޮތެއް ކަނޑައެޅުމަކީ ޤާނޫނ މަބްދައެއް ކަމުގައިވާ "ރެސް ޖުޑިކާޓާ" (res judicata) އެ ޚިލާފުކަމެއް ކަމަށް ބުނީ ހުށަހަޅާފައިވާ ސަބަބެވެ.
9.3. ތިންވަނަ ސަބަބަކީ، ދިވީހިރާއްޖޭގެ ހައިކޯޓްށ ހުށަހެޅުން އިސްތިއުނާފު ނުކުތާތަކާމެދު ގޮތެއް ނިންމާފައި ނެތުމުގެ ސަބަބުން، މީރާގެ ނިންމުމަކީ ކޮބައި ކަމާއި، ޠަޢުނުކުރެވެންޖެހެނ ކޮނ ނިންމުމަކަށް ކަމާއި، ޓެކްސް ނެގުމުގައި ނުވަތަ ތިންވަނަ ފަރާތަކުން ޓެކްސް ނެގުމުގައި މީރާގެ އިޚްތިޞާޞްއަކީ ކޮބައިކަން ސާފުވެފައި ނެތުމުން، ބަނީ ހ ލްޑިންގްސް ގެ ޙައްޤުތައް ގެއްލިގެން ގޮސްފައިވާ ކަމަށ ބުނެ ހުށަހަޅާފައިވާ ސަބަބެވެ.
9.4. ހަތަރުވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގެ ސަބަބުނު،ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމުގެ ޤަވާޢިދާ ގ ދަށުން ސްޓްރާޓާ އުޞޫލުގެ ދަށުން ރިސޯޓުތި ކުގެ "ކޮޓަރި" ނުވަތަ "ވިލާ" އެއްގެ މިލްކުވެރިކަން ނުވަތަ "ޕްރޮޕަޓީ ރައިޓްސް" އެހެނ ފަރާތަކަށް ވިއްކާލުމާއި ޢާންމު އުޞޫލުން ރާއްޖެ އަންނަ ޓޫރިސްޓުންނަށް ކޮޓަރި ވިއްކުމާ މަސްހުނި ވެގެންދިއުމުން އިސްވެ ބަޔާންކުރެވުނު ޤަވާޢިދުގެ ދަށުން އިސްތިއުނާފ ކުރާ ފަރާތްށް ލިބިގެންދާ ޙައްޤުތައް ގެއްލިގެން ގޮސްފައިވާ ކަމާއި، ޓެކްސް ނަގަން ނުޖެހޭ މުޢާމަލާތަކުން ޓެކްސް ނަގަންޖެހޭނެ ކަމަށް ކަނޑައެޅިގެން ދިޔުމުން ބަނީ ހޯލްޑިންގްސް ގެ ޙައްޤުތައް ގެއްލިގެން ގޮސްފައިވާ ކަމަށ ބުނެ ހުށަހަޅާފައިވާ ސަބަބެވެ.
10ދިވެހިރާއްޖޭގެ ހައިކޯޓު ގެ ނަންބަރ 2013/HC-A/298 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުންބަނީ ހޯލްޑިންގްސް ގެ ފަރާތުންހުށަހަޅާފައިވާ ސަބަބުތަކަށް ރައްދުދިނުމުގެ ގޮތުނުމީރގެ ފަރާތުން މައިގަނޑު 6 ( ހައެއ) ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.
10.1. ފުރަތަމަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/258 ޤަޟިއްޔާއިން ކަނޑައަޅާފައިވަނީ އެ ޤަޟިއްޔާއިން ބެލުނު މައްސަލައިގެ މަޙައްލު ނެތިގޮސްފައިވާތީ، އެ ޤަޟިއްޔާގެ މައްސަލަ މައުޟޫޢީ ގޮތުން ބަލައި ފައިސަލާކުރާނ ތަނެއް އޮތް ކަމަށް ނުފެންނަ ކަމަށް ކަމުގައިވާއިރު، އެ މައްސަލައިގެ މަޙައްލު ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވާ ސަބަބަކީ އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ އެއް ދުވަސް ކުރިން (12 އޮގަސްޓް 2013) ވަނަ ދުވަހު އެ މައްސަލަ މައުޟޫޢީ ގޮތުނ ބަލައި ޓްރައިބިއުނަލުގެ ނަންބަރ TAT-CA-G/2013/001 ނިންމުމުން އެ މައްސަލަ ނިންމާފައިވާތީކަން އެ ޤަޟިއްޔާގެ ޙުކުމަށް ބެލުމުން އެނގެން އޮންނ ކަމަށާއު،އެހެންނަމަވެސް ޓްރައިބިއުނަލުގެ ނަންބަރ TAT-CA-G/2013/001 ނިންމުން އިސްތިއުނާފު ކުރުމަށް ޤާނޫނީ އެއްވެސްހުރައެއް ނެތްކަމަށާއި އެމައްސަލ އިސްތިއުނާފު ކުރާއިރު އިޖުރާއީ ގޮތުން ފާހަގަކުރެވޭ ނުކުތާތައް ފާހަގަކުރުން މަނާކުރާ އެއްވެސް ސަބަބެއް އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައި ނުވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
10.2. ދެވަނަ ނުކުތާއަކީ،ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2015/SC-A/01 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ ރިޕޯޓުގެ 2 ވަނަ ނަންބަރުގައި ކޯޓަކަށް ހުށަހެޅޭ ދަޢުވާއެއް ބެލުމުގެ އިޚްތިޞާޞް ލިބިގެން ނުވާކަމަށް ތަޢުނު ކުރަންވާނީ އުޞޫލެއްގ ގޮތުނެ މައްސަލައިގް މައުޟޫޢަށް ފައީސަލާކުރަން ފެށުމުގެ ކުރިން ކަމުގައިވީނަމަވެސް، އިޚްތިޞާޞް ލިބިގެން ނުވާކަމަށް ކުރެވޭ ތަޢުނު ބިނާކުރާ ޤާނޫނ ޤާއިދާއަކީ ނިޒާމުލް ޢާންމުއ ގުޅިފައިވާ ނުވަތާ ޢާންމު މަޞްލަޙަތު ހިމާޔަތްކުރުމަށް ކަނޑައެޅިފައިވާ ޤާއިދާއެއްނަމަ، އެ ތަޢުނު ދަޢުވާއަށް ފައިޞަލާކޮށަޙުކުމް ކުރުމުގެ ކުރިން ކޮންމެ ހިނދެއްގައިވެސް ދަޢުވާގައި ހިމެނޭ ފަރާތްތަކަށް ލިބިގެންވާކަމަށް އަދި އެފަދަ ޙާލަތުގައު ކޯޓަށި އިޚްތިޞާޞް ލިބިގެން ނުވާކަމަށް ކުރެވޭ ތަޢުނުކުރުމުގައި ފުރަތަމަ ފަހަރަށް އިސްތިއުނާފީ ކޯޓެއްގައި ނުވަތަ ސުޕްރީމް ކޯޓުގައިވެސް ތަޢުނުކުރުމުގެ ޙައްޤު ދަޢުވާގައި ހިމެނޭ ފަރާތްތަކަށް ލިބިގެންވާ ކަމަށް ކަނޑައަޅާފައިވާ ކަމާއި، އެގޮތުން ބަލާއިރު ޤާނޫނެއްގައ ވަކި އިޖުރާއަތުތަކެއް ކަނޑައަޅާފައިވާނަމަ، އެއާ އެއްގޮތަށް ޢަމަލުކުރުމަކީ އ ޤާނޫނެއ ރައްދުވް ކޮންމެ ފަރާތަކަށް ލާޒިމުކަމެއް ކަމުގައިވްތީ، އެއާ ޚިލާފަށް ހަމައެކަނި އިސްތިއުނާފި ކުރު ފަރާތަށް ޤާނޫނުން ލިބިދީފައިވާ ޙައްޤުގެ ބޭނުންނުކޮށް، ޤާނޫނުގެ ބޭރުން ޢަމަލުކުރުމަށް ފުރުޞަތު ދިނުމަކީ ނިޒާމުލް ޢާންމުއާ ޚިލާފުވެ، ޢާންމު މަސްލަހަތު ނެތް ހިނގައިދާނެކަމެއ ކަމަށް ބުން ހުށަހަޅާފައިވާ ނުކުތާއެވ.
10.3. ތިންވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/258 ޤަޟިއްޔާގެ މަޙައްލު ނެތިގޮސްފައިވާ ކަމަށް ކަނޑައަޅާފައިވަނީ އިޖުރާއީ ގޮތުން ހުށަހެޅި ނުކުތާއަށް އެއްވެސް ވަރަކަށް ފައިސަލް ކުރުމެއް ނެތިކަން އެ ޤަޟިއްޔާގައި ފާހަގަކޮށްފައިވާތީ، އ ނިނު މުމަކ އިޖުރާއީ ނުކުތާއާ ގުޅިގެން ނިންމި ނިހާއީ ނިންމުމެއް ކަމުގައި ނުވާތީ، ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ނަންބަރ TAT-CA-G/2013/001 މައްސަލައިގް ނިންމުން އިސްތިއުނާފު ކުރުމުގައި އިޖުރާއީ ނުކުތާ އަލުން ހުށަހެޅުމުގައި އެއްވެސް ޤާނޫނީ ހުރަހެތ ނެތްކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
10.4. ހަތަރުވަނަނުކުތާއަކީ،ރެސް ޖުޑިކާޓާގެ އުޞޫލުން އެއްފަހަރު ފައިޞަލާކުރެވި ޤަޟާޢީ ޙުއްޖިއްޔަތު ލިބިގެންވާ ޙުކުމަކާ މައްސަލައެއް ދެވަނަ ފަހަރަށް ޝަރީޢަތަށް ހުށަހެޅުން މަނާވެގެންދާނީ، ފުރަތަމަ ފަހަރު ހުށަހެޅުނު މައްސަލައިގައި އްމައްސަލައިނ ހުށަހެޅުން މައުޟޫޢާމެދު ފައިޞަލާކޮށް ކުރެވޭ ޙުކުމާ ވިދިގެން، ޤަޟާޢީ ޙުއްޖިއްޔަތު ލިބުމަށް ފަހުގައިކަނ ވަރަށް ސާފުކޮށް އެނގެން އޮތްއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގ ނަންބަރ 2013/HC-A/258 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ މައްސަލައިގެ މަޙައްލު ނެތިގޮސްފައިވާތީ، އެ ޤަޟިއްޔާގެ މައްސަލަ މައުޟޫޢީ ގޮތުން ބަލައި ފައިޞަލާ ކުރާނެ ތަނެއ އޮތްކަމަށް ނުފެންނަ ކަމަށް ކަމުގައިވާއިރު، އެ މައްސަލައިގެ ތެރެއިން ހުށަހެޅުނު އިޖުރާއީ ނުކުތާއާ ގުޅިގެން ފައިޞަލާ ކުރަނިވި ޙުކުމެއް ކޮށްފައި ނުވެކަމަށިބުނ ހުށަހަޅާފައިވާ ނުކުތާއެވެ.
10.5. ފަސްވަނަ ނުކުތާއަކެ،މީރާގެ ނިންމުމަކީ ކޮބައި ކަމާއި، ތަޢުނުކުރެވެން ޖެހޭނީ މީރާގެ ކޮން ނިންމުމެއް ކަމާއި، ޓެކްސް ނެގުމާއި ނުވަތަ ތިންވަނަ ފަރާތަކުން ޓެކްސް ނެގުމުގައި މީރާގެ އިޙްތިޞާޞްއަކީ ކޮބައިކަން ސާފުވެފައި ނެތުމުން އިސްތިއުނާފު ކުރާ ފަރާތުގެ ޙައްޤު ގެއްލިފައިވ ކަމަށާ ބުނާބުނުން ފިޔަވައާ،ގެއްލިފައިވަނީ ކޮން ޙައްޤެއް ކިހިނެތްކަން އިސްތިއުނާފ ކުރު ފަރާތަށް ސާފުކޮށްދެވިފައި ނުވކަމަށ ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
10.6. ހަވަނަ ނުކުތާއަކީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނ ގެ 44 ވަނަ މާއްދާ މި މައްސަލައަށް ތަޠުބީޤުކުރާއިރު، މެރާގެ ނިންމުން ޓެކްސް އެޕީލް ޓްރައިބިއުނަލުގައި އިސްތިއުނާފުކުރުމުގ ފުރުޞަތު އޮވެމެ، އެ މުއްދަތުގެ ތެރޭގައި އިސްތިއުނާފު ކޮށްފައި ނުވާތީ، ތަޤާދުމްގ އުޞޫލުން މީރާގެ ނިންމުމަކީ ނިހާއީ ނިންމުމެއް ކަމަށާއި، އެ ނިންމުމާ އެއްގޮތަށް ޢަމަލުކުރުމާމެދު އިއުތިރާޟު ކުރުމަކީ އިސްތިއުނާފު ކުރާ ފަރާތަށް ލިބިގެންވާ ޙައްޤެއް ނޫންކަމަށާއި، މައްސަލަ މައުޟޫޢީ ގޮތުން ބެލޭނެ ކަމަށް ބެލިކަމުގައި ވީނަމަވެސް، ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނ ގެ 02 ވަނި މާއްދާގަ ދަށުންޓޫރިސްޓް ރިސޯޓުތަކާއި ހޮޓާތަކާއި ޕިކްނިކް އައިލެންޑްތަކާއ ގެސްޓް ހައުސްފަދަ ތަންތަނުން ޓޫރިސްޓުންނަށް ވިއްކާ ކޮޓަރިން ޓެކްސް ނެގޭނެ ކަމަށ ދައުލަތުން ދެކޭ ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ރެސް ޖުޑިކާޓާގެ މަބްދައު
11ޓެކްސް އެޕީލްޓްރައިބިއުނަލަށުހުށަހުޅުނ ނަންބަރ TAT-CA-G/2013/001 މައްސަލަ ކުރިއަށް ގެންދެވޭނެ ކަމުގައި ނިންމުމުން،މީރާގެ ފަރާތުނިއ ނުކުތެ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައެ،ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރ 2013/HC-A/258 ޤަޟިއްޔާއިން އެ ނުކުތާއާ ގުޅޭގޮތުން ޙުކުމްކޮށްފައިވާތެ،ރެސް ޖުޑިކާޓާގެ މަބްދައަށް ޙަވާލާދީ، އެ ނުކުތާގެ މައްޗަށް ދިވެހިރާއްޖޭގު ހައިކޯޓުގެ ނަންބަރ 2013/HC-A/298 ޤަޟިއްޔއިނާ ގޮތް ކަނޑަނޭޅޭނެ ކަމުގައި އިސްތިއުނާފެ ކުރު ފަރާތުން ބަޔާންކޮށްފައިވާތީ، ރެސް ޖޑީކާޓާގ މަބްދައުގެ މައްޗަށް ނަޒަރުކޮށް، އެ މަބްދައު ތަޠުބީޤު ކުރާގޮތަށް ބަލައިލުން މުހިންމުކަމުގައި ދެކެމެވ .
12ރެސް ޖުޑިކާޓާއަކީ އެކި އަސްލުން ޤާއިމުވެފައިވާ ޤާނޫނީ އުޞޫލުތަކަށް ޖުމްލަކޮށް ޙަވާލާދޭ އިބާރާތެކެވ .ރެސް ޖުޑިކާޓާގެ މައިގަނޑު މާނައަކީ އިޚްތިޞާޞް ލިބިފައިވާ ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ވަކި ފަރާތްތަކެއް ހިމެނޭ ވަކި ކަމެއް (ނުވަތަ ކަންތަކެއް) ގެ މައްޗަށް ނިޔާއެއް ކަނޑައަޅައިފިނަމަ، އެ ނިންމުމަކާ،އިސްތިއުނާފު މަރުޙަލާގެ ތެރެއިން އެކަމާމެދު ދަޢުވާ ކުރުމުގެ ބޭރުން، އެ ފަރާތްތަކުން އެ ނިޔާ ކަނޑައެޅި ކަމަކެ(ނުވަތަ ކަންތައްތަކާއި) ގުޅިގެން، އެ ފަރާތްތަކުގެ މެދުގައި އަލުން ދަޢުވާ ކުރެވޭނެ ކަމެއް ނޫނެވެ .
13ރެސް ޖުޑިކާޓާގެ މަބްދައު ބިނާވެފައިވަނީ މައިގަނޑު 3 (ތިނެއް) އުޞޫލެއްގެ މައްޗަށެވެ. އެއީ:
13.1. އިޝޫ އެސްޓޮޕަލް (Issue Estoppel) –
13.1.1. މޭ އުޞޫލު ތަތުބީޤު ކުރެވޭނީ، މައްސަލައެއްގެ މުހިންމު ބައެއްގެ ގޮތް ގައި ހިމެނު ނުކުތާއެއް، އެ ނުކުތާ ހިމެނޭގޮތުން ނުވަތަ އެ މައްޗަށް ބިނާކޮށް ދަޢުވާއެއް ކުރެވި، އެ ނުކުތާއާމެދު ނިންމުމެއް ނިންމާފައިވާނަމަ، އެ ދަޢުވާގައި ހިމެނުން ފަރާތްތަކުގެ މެދުގައި އުފުލޭ އެހެން ދަޢުވާއެއްގައި، އެ (ކުރިން ގޮތް ކަނޑައެޅުނު) ނުކުތާއަކީ އ މައްސަލައަ ގުޅާ ނުކުތާއެއް ކަމުގައި ދެކިގެން، އ ނުކުތާއާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ހުށަހަޅާފައިވާނަމެ،އިޝޫ އެސްޓޮޕަލް މެދުވެރިކޮށް، އެ (ކުރިން ގޮތް ކަނޑައެޅުނު) ނުކުތާއާމެދު އަލުން ގޮތް ކަނޑައެޅުން ހުއްޓުވުމަށެވެ .
13.1.2. މައްސަލައެއްގެ މައްޗަށް އިޝޫ އެ ސްޓޮޕަލ ޤާއިމުކުރަން އަންނަނިވި ކަންކަން ފުރިހަމަވާނަމައެވެ.
(ހ) ހުށަހަޅާފައިވާ ނުކުތާއަކީ (އެ މަރުޙަލާގައި) އެ ނުކުތާގެ މައްޗަށް ކުރިން ނިންމުމެއް ނިންމާފައިވާ ނުކުތާއެއް ކަމުގައިވުން؛
(ށ) ހުށަހަޅާފައިވާ އެ ނުކުތާގެ މައްޗަށް (އެމަރުޙަލާގައި) ކުރިން ނިންމުމެއް ނިންމާފައިވާނަމަ، އެ ނިންމުމެއް ނިހާއީ ނިންމުމަކަށް ވެފައިވުން؛
(ނ) އެ ނުކުތާގެ މައްޗަށް ކުރިން ނިންމުމެއް ނިންމާފައިވާ މައްސަލައިގައާއި، ފަހުން ހުށަހަޅާފައިވާ މައްސަލައިގައި ހިމެނެނީ އެއް ފަރާތްތަކެއް ކަމުގައިވުން.
13.2. ކޯސް އޮފް އެކްޝަން އެސްޓޮޕަލް Estoppel) (Cause of Action –
13.2.1. މި އުޞޫލު ތަތުބީޤު ކުރެވޭނީ، އުފުލާފައިވާ ދަޢުވާގައި ހިމެނޭ ނުކުތާއަކީ (ނުވަތަ ނުކުތާތަކަކީ) އެއިގެ ކުރިން ހުށަހެޅުނު ދަޢުވާއެއްގައި ހުށަހަޅާފައިވާ ނުކުތާއެއް (ނުވަތަ ނުކުތާތަކެއް) ކަމުގައިވެފައި، ފަހުން ހުށަހެޅުނު ދަޢުވާގައި ހިމެނޭ ފަރާތްތަކަކީވެސ ކުރިން ހުށަހެޅުން ދަޢުވާގައި ހިމެނޭ ފަރާތްތައް ކަމުގައިވާނަމަ، އަދި ފަހުން އުފުލާފައިވާ ދަޢުވާއަކީ އެއް މައުޟޫޢެއްގެ މައްޗަށް ބިނާވާ ދަޢުވާއެއްނަމަ، ކޯސް އޮފް އެކްޝަން އެސްޓޮޕަލް މެދުވެރެ ކޮށް، އެ (ފަހުން ހުށަހެޅުނު) ދަޢުވާއާމެދު ގޮތެއް ކަނޑައެޅުން ހުއްޓުވުމަށެވެ .
13.2.2. އެހެންނަމަވެސް، ކޯސް އޮފް އެކްޝަން އެސްޓޮޕަލް ޤާއިމުކުރުމުގެ ކުރިން، ކުރނި ހުށަހެޅް ދަޢުވާގައި އެފަދައިން ނިންމާފައިވަނީ އޮޅުވާލުންތަކެއ ހިމެނިގެންކަމަށް ބުނާނަމަ، އަދި ފެންންފެނުމަށ އެފަދް ކަމެއް ހިނގާފައިވާ ކަމުގައި ބެލެވޭނަމަ، ކޯސް އޮފް އެކްޝަން އެސްޓޮޕަލް މެދުވެރިކޮށް، (ފަހުން ހުށަހެޅުނު) ދަޢުވާއާމެދު ގޮތެއް ކަނޑައެޅުން ނުހުއްޓުވޭނެއެވ .
13.2.3. މައްސަލައެއްގެ މައްޗަށް ކޯސް އޮފް އެކްޝަން އެސްޓޮޕަލް ޤާއިމުކުރަނީ އަންނަނިވި ކަންކަން ފުރިހަމަވާނަމައެވެ.
(ހ) ކުރިން އުފުލާފައިވާ ދަޢުވާއަކާއި ގުޅިގެން، އިޚްތިޞާޞް ލިބިފައިވާ ކޯޓެއްގެ ނިންމުމެއް އޮތުން؛
(ށ) ކުރިން ނިންމާފައިވާ މައްސަލައިގައާއި، ފަހުން ހުށަހަޅާފައިވާ މައްސަލައިގައި ހިމެނެނީ އެއް ފަރާތްތަކެއް ކަމުގައިވުން؛
(ނ) ކުރިން ހުށަހެޅ މައްސަލައާއި ފަހުން ހުށަހެޅި މައްސަލައަކީ ފަރަޤެއް ހުރި ތަފާތު ދެ މައްސަލައެއް ކަމުގައި ނުވުނި ؛ އަދ
(ރ) ފަހުން ހުށަހެޅި މައްސަލައިގައި ހުށަހަޅާފައިވާ ނުކުތާތަކަކީ، މައްސަލައިގައ ހިމެނި ފަރާތްތަކުން އެކަށީގެންވާ މަސައްކަތްކޮށް ވިސްނުންތެރިކަމާއެކ diligence) reasonable (with ހުށަހެޅިނަމަ، ކުރިން ހުށަހެޅި މައްސަލައިގައި ހިމެނި، އެ މައްޗަށް ގޮތް ކަނޑައެޅޭނެ ނުކުތާތަކެއް ކަމުގައިވުން.
13.3. އިޖުރާއަތުގެ ނަހަމަ ބޭނުންހިފުން (Abuse of Process) –
13.3.1. މާ އުޞޫލަކީ ހުށަހެޅޭ މައްސަލައަކާ ގުޅިގެން ނިންމުމެއް ބޭނުންވާ ހުރިހާ ނުކުތާތަކެއް ހިމަނައިގެން ދަޢުވާކުރަން ލާޒިމުކުރާ އުޞޫލެކެވެ. މިގޮތުން ދަޢުވާ ހުށަހަޅާއިރު، މައްސަލައިގެ ބައި ބައި ވަކިވަކިން ހުށަހެޅުމުގެ ބަދަލުގައި، އެއްކޮށް އެއީ މައްސަލައެއްގެ ތެރޭގައި ހުށަހަޅަން ހުރި ހުރިހާކަމެއް ހުށަނާޅާއިފިނަމަ، މ އުޞޫލުގެ ދަށުން (ވަކި ހާއްސަ ޙާލަތްތަކެއްގައި މެނުވީ ) ފަހުން ހުށަހަޅާ މައްސަލަ ބޭރުކޮށްލުމުގެ ފުރުޞަތު އޮވެއެވެ .
13.3.2. އިޖުރާއަތުގެ ނަހަމަ ބޭނުންހިފުމާގުޅޭ މި އުޞޫލަކީ އެއް މައުޟޫޢަކާ ގުޅިގެން އެކި ދަޢުވާތައް އުފުލި، މައްސަލައިގައި ހިމެނޭ ފަރާތްތަކަކުން، އެ ދަޢުވާތަކާ ގުޅިގެން ކޮޅެއްގައ ނުޖެހި ގިނަދުވަސްތަކެއް ހޭދަކުރަންޖެހުން ހުއްޓުވުމުގެ މަޤްޞަދުގައި، ޢާންމު މަސްލަހަތުގައި، ބޭނުންކުރެވޭ ޢާންމު އުޞޫލެކެވެ . އެއީ ކޯޓުގެ މަސްއޫލިއްޔަތާއި ބާރު ދެމެހެއްޓުމުގެ އިތުރުން، އަދުލުއިންސާފ ޤާއިމުކުރުމުގެ ނިޒާމު އެކަށޭނަ އަވަސް މިނެއްގައި، ވަކި ތަރުތީބެއްގެ ދަށުން، ހަލުވް ކޮށް ހިންގުމުގެ މަޤްޞަދުގައި ބޭނުންކުރެވޭ، އަދޭޤާނޫނުން ލިއބައިދ ޔަޤީންކަމާއި ޤާނޫނުގެ ވެރިކަމުގެ މަފްހޫމާއިވެސް ގުޅިފައިވާ ކަމެކެވެ.
13.3.3. ރެސް ޖުޑިކާޓާގެ މަބްދައުގެ ތެރޭގައި ހިމެނޭ އުޞޫލުތައް ތަޠުބީޤުކުރުމުގައި، އިޖުރާއަތުގެ ނަހަމަ ބޭނުންހިފ ކަނި ނުވަތް ނޫންކަމުގެ މައްޗަށް ނަޒަރުކުރަނީ އިޝޫ އެސްޓޮޕަލް އަދި ކޯސެ އޮފް އެކްޝަން އެސްޓޮޕަލް ތަޠުބީޤު ނުކުރެވޭ ޙާލަތްތަކުގައެވެ .
14ރެސް ޖުޑިކާޓާގެ މަބްދައުގެ ތެރޭގައި، އިސްވެ ބަޔާންކުރެވުނު މައިގަނޑު އުޞޫލުތަކުގެ އިތުރުން، އަންނަނިވ 3 (ތިނެއް) އުޞޫލުވެސް ހިމެނެއެވެ .
14.1. މައްސަލައެއް ހުށަހަޅާ ފަރާތަކާއި އެއްކޮޅަށް އެ މައްސަލައެއް ނިމި، އެމައްސަލ އާ ސްތިއުނާފު ކޮށްފައި ނުވާނަމަ، އެ މައްސަލައިގެ ވާޤިޔާތަކުގެ މައްޗަށް ބިނާކޮށް އ މައްސަލައެއް ހުށަހެޅުން މަނާކުރުން ؛
14.2. މައްސަލައެއްގައި ނިންމުމެއް ނިންމުމުން، މައްސަލަ ހުށަހަޅާ ފަރާތަށް ލިބިގެންވާ ޙައްޤުތައް ބަޔާންވެގެންވަނީ އެ ނިންމުމުގައި ކަމަށްވުން )(Doctrine of Merger؛ އަދި
14.3. ކޯޓުތަކުން މައްސަލަ ހިންގުމުގައި ގެންގުޅޭ އިޖުރާއަތްތަކުގެ ނަހަމަ މަންފާ ހޯދުން ހުއްޓުވުމުގެ ޢާންމު އުޞޫލު.
15ރެސް ޖުޑިކާޓާގެ މަބްދައުއަކީ އޭގެ ޒާތުގައި އިސްތިއުނާފު ކުރުމުގެ ޙައްޤަށް އަސަރުކުރާ ކަމެއް ނޫނެވެ. ރެސް ޖުޑިކާޓާގެ މަބްދައު ތަޠުބީޤު ކުރެވޭނީ އިސްތިއުނާފު މަރުޙަލާގެ ތެރެއިން އެކަމާމެދު ދަޢުވާ ކުރުމުގެ ބޭރުން، އެއް މަރުޙަލާއެއްގައި ދެ ފަހަރަކު އެއްކަމެއްގެ މައްޗަށް ދަޢުވާ ކުރުމުންނެވެ. މި މައްސަލައަށް ރެސް ޖުޑިކާޓާގެ މަބްދައު ތަޠުބީޤު ކުރެވިދާނެކަން ނުވަތަ ނޫންކަން
16ސޕްރީމު ކޯޓަށް އިސްތިއުނާފަށް ހުށަހެޅިގެން ބަލަމުންމިދާ މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތުން އެ ނުކުތާއަށް އަލިއަޅުވާލާފައިވާތީ، އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކުގެ ތެރެއިން، އެންމެ ފުރަތަމަ ގޮތެއް ކަނޑައަޅަންޖެހޭނީ ދިވެހިރާއްޖޭގެ ހައިކޯޓުގ ނަންބަރ 2013/HC-A/298 ޤަޟިއްޔާއިން ގޮތް ކަނޑައެޅުމުގައި، ރެސް ޖުޑިކާޓާގެ މަބްދައުއ ޚިލާފަށާ ޢަމަލުކޮށްފައިވާކަން ނުވަތަ ނޫންކަމުގެ މައްޗަށް ކަމުގައި ދެކެމެވެ.
17މ ނުކުތާތަކުގެ ނަންބަރ 9.1 ގައި ބަޔާންކޮށްފައިވާ ފަދައިން، ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ނަންބަރ TAT-CA-G/2013/001 މައްސަލައިގައި، އެ މައްސަލަ ޓްރައިބިއުނަލުގައި ކުރިއަށް ގެންދެވޭނެ ކަމުގައި ނިންމުމުން،މީރާގެ ފަރާތުނ އެ ނުކުތާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފ ކުރިކަން އެނގެއެވެ. އަދި އެ މައްސަލަ (ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރ 2013/HC-A/185 ޤަޟިއްޔާ) ތާވަލުކޮށް، އަޑުއެހުމަށް މީރާގެ ފަރާތުން ޙާޟިރުވެފައި ނުވާތީ އެ މައްސަލަ ބާޠިލު ކޮށްފައިވާކަން އެނގެއެވެ. އެހެންކަމުން، މީރާގެ ފަރާތުން އަލުން އެ ނުކުތާ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައި،ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރ 2013/HC-A/258 ޤްޟިއްޔާ ހިންގައި، ޙުކުމަ ކޮށްފައިވާކަން އެނގެއެވެ. އެ ޙުކުމުގައިވަނީ މައްސަލަ ނިންމިއިރުޓެކްސ އެޕީލް ޓްރައިބިއުނަލުގެ ނަންބަރ TAT-CA-G/2013/001 މައްސަލަ ނިންމާފައިވާތީ، އެ މައްސަލަ ބެލުމުގެ މަޙައްލު ނެތިގޮސްފައިވާ ކަމުން، މައްސަލަ ބެލޭނެ ތަނެއް ނެތް ކަމަށެވެ. މިހެންކަމުން، އިސްތިއުނާފުކުރ ފަރާތުން ޤަބޫލުކުރާ ގޮތުގައި، އިސްތިއުނާފު ކުރެވު ދިވެހިރާއްޖޭގެ ހައިކޯޓުގ ނަންބަރ 2013/HC-A/298 ޤަޟިއްޔާއިން ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ނަންބަރ TAT-CA-G/2013/001 މައްސަލައިގައި ގޮތެއް ކަނޑައެޅިއިރު، އެ ކޯޓުގެ ނަންބަރ 2013/HC-A/258 ޤަޟިއްޔާއިން އެ ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ މައުޟޫޢަށް (ދިވެހިރާއްޖޭގު ހައިކޯޓުގެ ނަންބަރ 2013/HC-A/298 ޤަޟިއްޔާއިން) ގޮތެއް ކަނޑައަޅާފައިވުމަކީ ރެސް ޖުޑިކާޓާގެ މަބްދައުއ ޚިލާފަށާ ނިންމާފައި ނިންމުމެކެވެ.
18އިސްތިއުނާފު ކުރު ފަރާތުން ހުށަހަޅާ ގޮތުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2013/HC-A/298 ޤަޟިއްޔާއިން މީރާއަށް އިސްތިއުނާފު ކުރެވެން ވާނީ މައްސަލައިގެ މައުޟޫޢީ ނުވަތަ ސަބްސްޓޭންޝަލ (substantial) ންކްތާތަކާ ގުޅިގެނު ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމި ނިންމުމެވެ.އިސްތިއުނާފ ކުރު ފަރާތުން ދެކޭ ގޮތުގައި، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ބަނީ ހޯލްޑިންގްސްގެ ފަރާތުން ހުށަހެޅި މައްސަލަ ބެލޭނެ ކަމަށް އެ ޓްރައިބިއުނަލުން ނިންމި ނިންމުމަށް ފައިސަލާކުރަނިވި ގީތެއ ކަނޑައަޅަން ބޭނުންނަމަ،މީރާގެ ފަރާތުން ޖެހޭނެދިވެހިރާއްޖޭގ ހައިކޯޓުގ ނަންބަރ 2013/HC-A/258 ޤަޟިއްޔާގެ ޙުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާށެވެ.
19މިހެންކަމުން، މި ނުކުތާތަކުގެ 17 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޙާލަތަށް، މި ނުކުތާތަކުގެ 12 ވަނަ ނަންބަރުން ފެށިގެން 15 ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ރެސް ޖުޑިކާޓާގެ މަބްދައު ތަޠުބީޤުކުރުމުން ނިކުންނަ ނަތީޖާގެ މައްޗަށް ބަލަންޖެހޭކަމުގައި ދެކެމެވެ.
20މ ޙާލަތުގައި، އިޝޫ އެސްޓޮޕަލް ޤާއިމު ކުރެވޭނެ ކަން ނުވަތަ ނޫންކަން ބެލުމުގެ ގޮތުން، މި ނުކުތާތަކުގެ 13.1.2 ގައި ބަޔާންކުރާ ކަންކަމުގެ މައްޗަށް ބަލާއިރު:
20.1. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2013/HC-A/298 ޤަޟިއްޔާގައި މީރާގެ ފަރާތުން އިސްތިއުނާފުކޮށްފައިވ 7 (ހަތެއް) ނުކުތާ ހިމެނޭކަމާއި ، އެ ނުކުތާތަކުގެ ތެރެއިން ފުރަތަމަ ނުކުތާއަކީ، އެ ނުކުތާގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2013/HC-A/258 ޤަޟިއްޔާއިން ހުށަހެޅި، ނިންމުމެއް ނިންމާފައިވާ ނުކުތާއެއް ކަމުގައިވާތީ ؛
20.2. މީރާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2013/HC-A/258 ޤަޟިއްޔާގެ ޙުކުމް އިސްތިއުނާފު ކޮށްފައި ނުވާތީ، އެ ނިންމުން ނިހާއީ ނިންމުމަކަށް ވެފައިވާތި؛ އަދ
20.3. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2013/HC-A/258 ޤަޟިއްޔާއާއި އެ ކޯޓުގެ ނަންބަރު 2013/HC-A/298 ޤަޟިއްޔާގައި ހިމެނޭ ޚަސްމުންނަކ އެއީ ބައެއްކަމުގައިވާތީ؛ މި ޙާލަތަކީ އިޝޫ އެސްޓޮޕަލް ޤާއިމު ކުރުމަށް ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވެފައިވާ ޙާލަތެއްކަން އެނގެއެވެ.
21އެހެންކަމުން، މިއީ އިޝޫ އެސްޓޮޕަލް މެދުވެރިކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2013/HC-A/258 ޤަޟިއްޔާއިން ހުށަހެޅި، އެ މައްޗަށް ޙުކުމްކޮށްފައިވާ ނުކުތާއާމެދު އަލުން ގޮތް ކަނޑައެޅުން ހުއްޓުވޭ ޙާލަތެއްކަމުގައި އަހުރެން ދެކެމެވެ.
22އިސްތިއުނާފު ކޮށްފައިވާ ޤަޟިއްޔާއިން ރެސް ޖުޑިކާޓާގެ މަބްދައަށް ބަނީ ހޯލްޑިގްސް ގެ ފަރާތުން ޙަވާލާދޭއިރު،ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރ 2013/HC-A/298 ޤަޟިއްޔާއާ ގުޅިގެން، އެ (ރެސް ޖުޑިކާޓާ) ނުކުތާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ސަމާލުކަމަށް ބަނީ ހޯލްޑިގްސ އިން ގެނެސްފައިވާކަން އެ ޤަޟިއްޔާގެ ރިޕޯޓާއެކު ހިމެނިފައިވާ ބަނީ ހޯލްޑިންގްސް ގެ ބަޔާންތަކުން އެނގެން އޮވެއެވެ. އެހެންކަމުން،ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރ 2013/HC-A/298 ޤަޟިއްޔާގެ ނިންމުމުގައި، އެ ކޯޓުގެ ނަންބަރު 2013/HC-A/258 ޤަޟިއްޔާއިން ހުށަހެޅުނު ކަންކަމުގެ މައްޗަށް ގޮތް ކަނޑައަޅާފައިވަނީ،ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރ 2013/HC-A/258 ޤަޟިއްޔާއިން ކަނޑައަޅާދިނުމަށް އެދިފައިވާ ކަންކަމުގެ މައްޗަށ ފައިސަލާކުރަނިވި ޙުކުމެއް ކޮށްފައި ނުވާތީ ކަމުގައި ބެލެވެއެވެ.
23އަހުރެން ބުރަވާގޮތުގައި، މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ އަނބުރާ ނުގެންދާނަމަ، މިފަދަ (މަޙައްލު ގެއްލިފައިވާކަމަށް ބެލެވޭ) ޙާލަތްތީކުގައިވެސް، ކޯޓަށް ހުށަހެޅިފައިވާ ޤާނޫނީ ނުކުތާއަށް ގޮތް ކަނޑައެޅުމަކީ ކޯޓުގެ ޒިންމާއެކެވެ. އެހެނީ، އަހުރެން ދެކޭ ގޮތުގައި، ދިވެހިރާއްޖޭގެ ޤާނޫނ އޮނިގަނޑު އިސްތިޤުރާރުވެފައިވާ ގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓުގ ނަންބަރ 2013/HC-A/258 ޤަޟިއްޔާގެ ޙުކުމަކީ އ ޖުރާއީގޮތުނ ނުވަތް ޤާނޫނީގޮތުން ރަނގަޅު ނިންމުމެއް ނޫން ކަމުގައި އ މައްސަލައިގައި ހިމެނޭ ފަރާތަކުން ފަރާތެއް ދެކޭނަމަ، އެފަދައިން ދެކޭ ފަރާތަކަށް އޮންނަ ޙައްލަކީ، އެ ނިންމުމެއް، ނުވަތަ ނިންމުމުގެ ބައެއް އިސްތިއުނާފު ކުރުންކަމުގައި ވާތީއެވެ . އަދި، ކޯޓުތަކުން ޤާނޫނު ތަޠުބީޤުކޮށް މާނަ ކުރަންޖެހެނީ ހާދިސާ ހިނގިއިރު ކަން އޮތްގޮތުގެ މައްޗަށް ކަމުގައިވާތީއާއި، އެކަމުގެ މައްޗަށް ނުވަތަ އެކަމާއި ގުޅިގެން ފަހުން ހިނގާ ކަންތައްތަކަކީ، އެ ކަންކަމާމެދު ގޮތެއް ކަނޑައަޅާދިނުނ އެދް ދަޢުވާގެ ތެރެއިން ކުރިއަށް ގެންދިއަމަށ ކޯޓަށް ހުށަހަޅައި އެކަން ކޯޓުނ ބަލައިގެންފައި ނުވާނަމަ، އެކަންކަމުގެ މައްޗަށް ކޯޓުން ނަޒަރުކުރަންޖެހޭ، އަދި އޭގެ ސަބަބުން މައްސަލައިގެ ޙުކުމަށް އަސަރުކޮށްގެންވާނެ ކަންކަން ކަމުގައި ބަލަންޖެހޭ ޤާނޫނީ ހުއްޖަތެއް އޮތްކަމުގައި އަހުރެން ނުދެކޭތީއެވެ.
އިޝޫ އެސްޓޮޕަލް ތަޠުބީޤުކުރުމުގެ ނަތީޖާ
24ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2013/HC-A/298 ޤަޟިއްޔއިނާ ގޮތް ކަނޑައަޅާދިނުން އެދި މީރާއިން ހުށަހެޅ 7 (ހަތެއް) ނުކުތާގެ ތެރެއިން އެ ކޯޓުން ގޮތް ކަނޑައަޅާފައިވަނީ އެންމެ ނުކުތާއަކަށެވެ. އެއީ، ރެސް ޖުޑިކާޓާގެ މަބްދައު އެ މައްޗަށް ހިނގާނެ ކަމަށް ބަނީ ހޯލްޑިންގްސް އިން ބުނަމުން އައިސްފައިވާ،ދިވެހިރާއޖޭގ ހައިކޯޓުގެ ނަންބަރ 2013/HC-A/258 ޤަޟިއްޔއިނާ ގޮތް ކަނޑައަޅާދިނުނ އެދް މީރާއިން ހުށަހެޅި ނުކުތާއެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލުގައި ބަނީ ހޯލްޑިންގްސް އިން ހުށަހެޅި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް އ ޓްރައިބިއުނަލުން ނިންމާފައިވާ ނުކުތާއާމެދުދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރ 2013/HC-A/258 ޤަޟިއްޔާއިން ފައިސަލާކުރަނިވި (conclusive) ނިންމުމެއް ނުލިބުމުން، މީރާއިން އެ ނުކުތުދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރ 2013/HC-A/298 ޤަޟިއްޔާއިން އިސްތިއުނާފ ކުރު ނުކުތާތަކުގެ ތެރޭގައި ހިމެނުމުން، އްނުކުތާގެ މައްޗަށް ބިނާކޮށް، މީރާއިން ހުށަހަޅާފައިވާ ފަދައިން، އެ މައްސަލައަކީ އެހިނދުގައި ޓެކްސް އެޕީލް ޓްރައިބިއުނަލުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމުގައި ކަނޑައަޅައި، އެ ޤަޟިއްޔާގެ ތެރެއިން ހުށަހަޅާފައިވާ މައުޞޫޢީ އެއްވެސް ނުކުތާއެއް ނުބަލައި، ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ ޙުކުމްކޮށްފައެވެ.
25އެހެންކަމުން،ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރ 2013/HC-A/298 ޤަޟިއްޔާއިން އެ ނުކުތާގެ މައްޗަށް ގޮތް ކަނޑައަޅާފައިވާ ނުކުތާއަކު،އ ކޯޓުގެ ނަންބަރ 2013/HC-A/258 ޤަޟިއްޔާއިން އާ ނުކުތެ ހުށަހެޅާ ނިންމެމަކާ ހަމައަށް ވާޞިލުވެފައިވާ އަދި އިސްތިއުނާފަށް ހުށަހެޅިފައި ނުވާ ނުކުތާއަކަށް ވުމުގެ ސަބަބުން، މި ނުކުތާތަކުގެ 21 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، އިޝޫ އެސްޓޮޕަލް އިން، އެ މައްސަލަ އަލުން ނުބެލޭނެ ކަމަށް ކަނޑައަޅަންޖެހޭ ނުކުތާއެކެވެ.
26މިފަދައިން ކަނޑައެޅުމުގެ ނަތީޖާއަކީ،ބަނީ ހޯލްޑިންގްސް އިން ހުށަހެޅި މައްސަލަ ކުރިއަށް ގެންދެވޭނ ކަމަށެ އެ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ދެމިއޮތުމާއެކު، ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރ 2013/HC-A/298 ޤަޟިއްޔާގެ ޙުކުމް ބާޠިލުވުމެވެ. އިސްތިއުނާފު ކޮށްފައިވާ މައްސަލައާގުޅޭ މައުޟޫޢީ ނުކުތާތައް
27ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކޮށްފައިވާ މި މައްސަލައިގައި، ދިވެހިރާއްޖޭގެ ހައިކޯޓުގ ނަންބަރ 2013/HC-A/298 ޤަޟިއްޔާގެ ނިންމުމުގެ ސަބަބުނު،ޓޫރިސްޓް ރިސޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމުގެ ޤަވާޢިދާ ގ ދަށުން ސްޓްރާޓާ އުޞޫލުގެ ދަށުން ރިސޯޓުތަކުގެ "ކޮޓަރި" ނުވަތަ "ވިލާ" އެއްގެ މިލްކުވެރިކަން ނުވަތަ "ޕްރޮޕަޓީ ރައިޓްސް" އެހެނ ފަރާތަކަށް ވިއްކާލުމާއި ޢާންމު އުޞޫލުން ރާއްޖެ އަންނަ ޓޫރިސްޓުންނަށާކޮޓަރި ވިއްކުމާ މަސްހުނި ވެގެންދިއުމުން އިސްވެ ބަޔާންކުރެވުނު ޤަވާޢިދުގެ ދަށުން އިސްތިއުނާފު ކުރާ ފަރާތަށް ލިބިގެންދާ ޙައްޤުތައް ގެއްލިގެން ގޮސްފައިވާ ކަމާއި، ޓެކްސް ނަގަން ނުޖެހޭ މުޢާމަލާތަކުން ޓެކްސް ނަގަންޖެހޭނެ ކަމަށް ކަނޑައެޅިގެން ދިޔުމުންބަނީ ހޯލްޑިންގްސް ގެ ޙައްޤުތައް ގެއްލިގެން ގޮސްފައިވާ ކަމަށިބުނ ހުށަހަޅާފައވެއެވެ.
28އެހެންނަމަވެސް، އެ ނުކުތާއާ ގުޅިގެން އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުގ ނަންބަރ 2013/HC-A/298 ޤަޟިއްޔާއިން ގޮތެއް ކަނޑައަޅާފައ ނުވި ޙާލަތެއްގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ ނުކުތާތަކާމެދު ގޮތެއް ކަނޑައަޅައިފިނަމަ، އެކަންވެގެންދާނ އިސްތިއުނާފީ ހަރުފަތުގެ ބައެއް ގިރާކޮށް، ދިވެހިރާއްޖޭގ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިސްތިއުނާފު ކުރުމުގެ ޙައްޤަށް އުނިކަން އަންނަ ފަދައަކުން ކުރާ ކަމެއްގެ ގޮތުގައި ކަމަށް އަހުރެން ދެކެމެވެ.އެހެންކަމުން، ޤާނޫނ ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 18 އަދި 19 ވަނަ މާއްދާއަށް ޙަވާލާދީ، މައްސަލަ ދިވެހިރާއްޖޭގ ހައިކޯޓަށް ތަހުވީލުކުރުމަކީ އެންމެ އެކަށޭނަ ގޮތްކަމުގައި އަހުރެން ދެކެމެވެ.
29މިގޮތުން،ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބެލުމުގައި،ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ނަންބަރ TAT-CA-G/2013/001 މިއްސަލަދިވެހިރާއްޖޭގެ ހައިކޯޓުގައްއިސްތިއުނާފ ކުރުމުގު ގޮތުނު (އެކޯޓުގެ ނަންބަރ 2013/HC-A/298 ޤަޟިއްޔާއިން) ހުށަހަޅާފައިވާ ނުކުތާތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ހައި ކޯޓުން އެކަމުގެ މައްޗަށް ގޮތް ކަނޑައަޅާފައި ނުވާ މައުޞޫޢ ނުކުތާތަކަށް ގޮތް ކަނޑައެޅުމަށް އިރުޝާދު އަރުވަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރަޢުޔު
30މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރަޢުޔު
31މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެމަތިން ހުރުމާއެކު، އިސްތިއުނާފު ކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2013/HC-A/298 ޤަޟިއްޔއިނާ ކޮށްފައިވް ޙުކުމަކާ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމުގައި ކަނޑައަޅައި، އެ ޙުކުމް ބާޠިލުކުރުމާއެކު، ޤާނޫނު ނަންބަރ 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 18 އަދި 19 ވަނަ މާއްދާއަށް ޙަވާލާދީ،ޓެކްސް އެޕީލް ޓްރައިބިއުނަލުގ ނަންބަރ TAT-CA-G/2013/001 މިއްސަލަދިވެހިރާއްޖޭގެ ހައިކޯޓުގައުއިސްތިއުނާފ ކުރުމުގެ ގޮތުން އެކޯޓުގެ ނަންބަރ 2013/HC-A/298 ޤަޟިއްޔާއިން އިސްތިއުނާފުކޮށް ހުށަހަޅާފައިވާ ނުކުތާތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ހައި ކޯޓުން އެކަމުގެ މައްޗަށް ގޮތް ކަނޑައަޅާފައިނުވާ މައޟު ޢް ނުކުތތަށާ ބެލުމަށް އަންގައި، ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ތަޙުވީލުކުރުމަށްދިވެހިރާއްޖޭގެ ސޕްރީމު ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: މަޙާޒު ޢަލީ ޒާހިރު ޢާއިޝާ ޝުޖޫން މުޙައްމަދު ޙުސްނުއްސުޢޫދު (ރިޔާސަތު)
ފުޓްނޯޓު
- މިޤާނޫނަކީ މިޤަޟިއްޔާގެ ޙުކުމްކުރިއިރު އުވާލާފައިވާ ޤާނޫނެކެވެ.
- ޤާނޫނު ނަންބަރު 2010/19 (ޓޫރިސްޓު ޚިދުމަތްދޭތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު)
- ޤާނޫނު ނަންބަރު 2010/19 (ޓޫރިސްޓު ޚިދުމަތްދޭތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު)
- ޤާނޫނު ނަންބަރު 2010/19 (ޓޫރިސްޓު ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު)
- ޤާނޫނު ނަންބަރު 2010/19 (ޓޫރިސްޓު ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު)
- ޤަވާޢިދު ނަންބަރު: 14-010/R2 (ޓޫރިސްޓު ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ޤަވާޢިދު)
- ޤާނޫނު ނަންބަރު 2010/19 (ޓޫރިސްޓު ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު)
- ޤަވާޢިދު ނަންބަރު: 14-2010/R (ޓޫރިސްޓު ރިޒޯޓުތަކާގުޅޭ ޙައްޤު ތައް ބަދަލުކުރުމާބެހޭ ޤަވާޢިދު)
- ޤާނޫނު ނަންބަރު 2010/19 (ޓޫރިސްޓު ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނ)
- ޤަވާޢިދު ނަންބަރު: 14-2010/R (ޓޫރިސްޓު ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ޤަވާޢިދު)
- ޓޫރިސަމ ގުޑްސް އެންޑް ސަރވިސަސް ޓެކްސް
- ޤާނޫނު ނަންބަރު 2010/19 (ޓޫރިސްޓު ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނ)
- ޤާނޫނު ނަންބަރު 2010/19 (ޓޫރިސްޓު ޚިދުމަތްދޭތަންތަނުން ވިއްކާ ތަކެއްޗާއި ދ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނ)
- ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު)
- ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު)
- ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު)
- ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު)
- ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު)
- ޤަވާޢިދު ނަންބަރު: 14-2010/R (ޓޫރިސްޓު ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ޤަވާޢިދު)
- ޖުޑީޝަލް ސަރވިސް ކޮމިޝަން ވ. އަނަސް ޢަބްދުއްސައްތާރު އަދި ޙަސަން ފިޔާޟް.
- ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު)
- ޤާނޫނު ނަންބަރު 2010/19 (ޓޫރިސްޓު ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު)
- ރެސް ޖުޑީކާޓާގެ މަބްދައުއަކީ ދިވެހިރާއްޖޭގައި ތަޠުބީޤު ކުރަމުން އައިސްފައިވާ މަބްދައެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2012/SC-A/07 ޤަޟިއްޔާ (އިބްރާހީމް ޙަސަން ވ. ޢަލީ ރަޝީދު އަދި ޙަސަން ޝަރީފު) އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/33 ޤަޟިއްޔާ (ޙައްވާ ޙުޒައިމާ ވ. ސްޓޭޓް ބޭންކް އޮފް އިންޑިޔާ) އަށް ބެލުމުން އެނގެއެވެ.
- Virgin Atlantic Airways Ltd v Zodiac Seats UK Limited [2013] UKSC 46
- މޭފަރާތްތަކަކީ މައްސަލައިގައި ހިމެނޭ ފަރާތްތައް (ނުވަތަ ޚަސްމުން) އަދި މައްސަލައިގެ މައުޟޫޢާއި ގުޅިގެން ޙައްޤުތަކާއި މަސްލަހަތު ހިމެނޭ ފަރާތްތަކެވެ.
- Spencer-Bower and Handley, Res Judicata (4th ed. Butterworths 2009)
- ޔުނައިޓެޑް ސްޓޭޓްސ އޮފް އެމެރިކާގައ މި އުޞޫލަށް ކިޔަނީ އިޝޫ ޕްރިކްލޫޝަނ (issue preclusion) އެވެ.
- [1776] 20 St Tr 355 Duchess of Kingston’s Case އާއި، [1921] Hoysted v Federal Commissioner of Taxation 29 CLR 537 އާއި، [1964] P 181 Thoday v Thoday އާއި، [1991] 2AC 93 Arnold v NatWest Bank Plc
- ޔުނައިޓެޑް ސްޓޭޓްސ އޮފް އެމެރިކާގައ މި އުޞޫލަށް ކިޔަނީ ކްލެއިމް ޕްރިކްލޫޝަން (claim preclusion) އެވެ.
- Arnold v NatWest Bank Plc [1991] 2AC 93
- Arnold v NatWest Bank Plc [1991] 2AC 93
- Takhar v Gracefield Developments Ltd [2019] UKSC 13
- Henderson v Henderson [1843] 3 Hare 100
- Barrow v Bankside Members Agency Ltd [1996] 1 W.L.R. 257
- Johnson v Gore-Wood & Co [2002] 2 AC 1
- Virgin Atlantic Airways Ltd v Zodiac Seats UK Limited [2013] UKSC 46
- [1928] 2 KB 336 Conquer v Boot. މިސާލަކަށް ބަދަލުހޯދުމަށް ކުރެވޭ ވަކި ދަޢުވާ.
- King v Hoare [1844] 13 M & W 494
- ދިވެހިރާއްޖޭގު ހައިކޯޓުގެ ނަންބަރ 2013/HC-A/298 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ 2 ވަނަ ނަންބަރު.
- ދިވެހިރާއްޖޭގު ހައިކޯޓުގެ ނަންބަރ 2013/HC-A/258 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ 3 ވަނަ ނަންބަރު.
- ޤާނޫނުއަސާސީ 2008 (56 ވަނަ މާއްދާ– އިސްތިއުނާފުކުރުމުގެ ޙައްޤު)، ޤާނޫނު ނަންބަރ 2010/22 (ދިވެހިރާއްޖޭގެކޯޓުތަކާބެހޭ ޤާނޫނު) ގ 16 ވަނަ މާއްދާއާއި، 31 ވަނަ މާއްދާއާއި، 39 ވަނަ މާއްދާ .
- ޤަވާޢިދު ނަންބަރު: 14-2010/R (ޓޫރިސްޓު ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ޤަވާޢިދު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.