ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2025/HC-A/154

ނޫވިލު ރިޒޯޓް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް

ދަށުކޯޓުގެ ނިންމުން ބާޠިލު
ސުޕްރީމް ކޯޓުގެ ރަޖިސްޓްރީގައި އިސްތިއުނާފެއް ނުފެނޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 14 ޖޫން 2026ދަށު ކޯޓު: ސިވިލް ކޯޓު 144-B7/VN/1139-2025/2025/03ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 144-B7/VN/1139-2025/2025/03
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ލީސް އެއްބަސްވުމުގެ ޙައްޤުތައް ޑީޑް އޮފް އެސައިންމަންޓެއްގެ ދަށުން ލިބިފައިވާ ފަރާތަކަށް، ކުރީގެ ލީސްހޯލްޑަރަށް ފޮނުވި ނޯޓިހަކާ ގުޅިގެން ވަގުތީ އަމުރަކަށް އެދުމުގެ ސިފަތު ލިބޭތޯ؛ އަދި މައުޟޫޢީ މައްސަލަ ނިމުމަށްފަހުވެސް ވަގުތީ އަމުރުގެ އިސްތިއުނާފުގައި ގޮތް ކަނޑައެޅޭނެތޯ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށުކޯޓުގެ ނިންމުން ބާޠިލު (ވަގުތީ އަމުރަށް އެދުމުގެ ސިފަތު ނުލިބޭ ކަމަށް ކުރި ކަނޑައެޅުން ޤާނޫނާ ޚިލާފު)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 މައްސަލަ ހުށަހެޅި ފަރާތުން އަނބުރާ ނުގެންދާހާ ހިނދަކު، މައުޟޫޢީ މައްސަލަ ނިމިފައިވީނަމަވެސް ކޯޓަށް ހުށަހެޅިފައިވާ ޤާނޫނީ ނުކުތާއަށް ގޮތް ކަނޑައެޅުމަކީ ކޯޓުގެ ޒިންމާއެކެވެ. ނަމަވެސް ވަގުތީ ފިޔަވަޅުތަކުގެ އިސްތިއުނާފުތަކުގައި މައުޟޫޢީ މައްސަލަ ނިމުމުން، މައުޟޫޢުގެ ތެރެއަށް ނުވަދެ ގޮތް ކަނޑައެޅޭނެ ފަދަ އިސްތިއުނާފީ ބަހުޘެއް ނެތްނަމަ އިސްތިއުނާފު ކުރިއަށް ގެންދެވޭނެ ތަނެއް ނުވެއެވެ.

HN2 ވަގުތީ އަމުރުގެ މަޤްޞަދަކީ މައުޟޫޢުގައި ނިންމާ ނިންމުމަށް އެހީވުމަށްޓަކައި ދެފަރާތުގެ ޙައްޤުތަކަށް ރިޢާޔަތްކޮށް އެހިނދަށް ވަގުތީ ޙައްލެއް ދިނުމެވެ. އަމުރު ނުނެރެފިނަމަ ޙުކުމުގެ މަޤްޞަދު ހާސިލުނުވެދާނެ ކަމަށް ޤަބޫލުކުރެވޭ ސަބަބުތައް ހުރިނަމަ، ނުވަތަ ފަރާތަކަށް ގެއްލުމެއް ލިބިދާނެކަމަށް ފެނިއްޖެނަމަ ވަގުތީ އަމުރު ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

HN3 ވަގުތީ އަމުރަށް އެދޭ ފަރާތަށް ހައިޘިއްޔަތު ލިބި، ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި އޮންނަން ވާނެއެވެ. އެކަން މައްސަލައިގެ ޙަޤީޤަތްތަކުގެ މައްޗަށް ނުފީނައި ވާޤިޢާތަކުން ސާފުވާންވާނެއެވެ. ހައިޘިއްޔަތު އޮތްކަން ބިނާވަނީ ހުށަހެޅުނު މައްސަލައާއި އެދޭ ފަރުވާގެ މައްޗަށެވެ.

HN4 ޑީޑް އޮފް އެސައިންމަންޓެއްގެ ދަށުން އެއްބަސްވުމެއްގެ ޙައްޤުތައް ލިބިފައިވާ ފަރާތަކަށް، ދައުލަތުން އެ އެއްބަސްވުން ބާޠިލުކަމަށް ކުރީގެ ލީސްހޯލްޑަރަށް ފޮނުވި ނޯޓިހެއް އަސަރުކުރާކަން ދަޢުވާ ފޯމާއި ލިޔެކިޔުންތަކުން ފާޅުކަން ބޮޑުގޮތެއްގައި އެނގޭނަމަ، ނޯޓިސް ސީދާ އެ ފަރާތަށް އަންގާފައި ނުވުމަކީ ވަގުތީ އަމުރަށް އެދުމުގެ ސިފަތު ނުލިބޭނެ ސަބަބެއް ނޫނެވެ.

HN5 ދަށުކޯޓުގައި ހިނގަމުންދާ މައްސަލައެއްގެ މައުޟޫޢުގެ ތެރެއަށް ވަދެ، ހެކި އިސްތިއުނާފީ މަރުޙަލާގައި ވަޒަންކުރުމަކީ އެ މައްސަލައަށް ހިޔަނި އަޅައި އިންސާފު ޤާއިމުކުރުމުގެ ދޮރު ބަންދުވާ ކަމެއް ކަމަށްވާތީ، ގުޅުންހުރި މައްސަލަތައް ދަށު މަރުޙަލާގައި ހިނގަމުންދާއިރު ގެއްލުން ވަޒަންކުރުމާ ގުޅޭ ބަހުޘްތަކާމެދު އިސްތިއުނާފުގައި ގޮތެއް ނުކަނޑައަޅައެވެ.

ވަކީލުންނާއި ފަނޑިޔާރުން

ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ޝިއުތު މުޙައްމަދު ވަޙީދު، މުޙައްމަދު ސުދައިސް، ނަޙުޒާ ރަޝީދު، އެޓަރނީ ޖެނެރަލްގެ އޮފީސް، ލެކްސް ސްޓްރެޓަޖީސް އެލް.އެލް.ޕީ
ބެންޗު
ފާޠިމަތު ފަރްހީޒާ، ޙަސަން ޝަފީޢު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ތަޢާރުފު

1މިއީ، ސިވިލް ކޯޓުގެ ނަންބަރު 144-B7/VN/1139-2025/2025/03 "ވަގުތީ އަމުރާމެދު ނިންމިގޮތް" އިސްތިއުނާފުކުރުމަށް ނޫވިލު ރިޒޯޓް ޕްރައިވެޓް ލިމިޓެޑް )މީގެ ފަހުން "ނޫވިލު ރިޒޯޓް " ނުވަތަ "އިސްތިއުނާފ ކުރު ފަރާތް"( އްންދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލު ހައިކޯޓުގެ ނަންބަރ 2025/HC-A/154 ޤަޟިއްޔާއެވެ.

2މ ޤަޟިއްޔާގައިއިސްތިއުނާފ ރައްދުވާ ފަރާ ތަކީ، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް )މީގެ ފަހުން "ދައުލަތް " ނުވަތަ "މިނިސްޓްރީ އޮފް ޓޫރިޒަމް" ނުވަތް "އިސްތިއުނާފ ރައްދުވު ފަރާތް"( އެވެ.

ސިވިލް ކޯޓު މަރުހަލާ

3އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 144-B7/VN/1139-2025/2025/03 "ވަގުތީ އަމުރާމެދު ނިންމިގޮތް" އަކީ ސިވިލް ކޯޓުގެ ނަންބަރު 1139-CVC-2025 ޤަޟިއްޔާގެ ތެރެއިން ނިންމާފައިވާ ނިންމުމެކެވެ. މިމައްސަލައިގެ ޚުސޫމާތަކީ"އއ.މަޑޫގަލި" ކިއްޔަށްދިނުމި ގެ މުޢާމަލާތާއި ގުޅުނ ހުރް ޚސޫމާތެކެވެ.

411 އޭޕްރީލް 1995 ގައި، މިނިސްޓްރީ އޮފް ޓޫރިޒަމްއިން ބްލޫ ލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް )މީގެ ފަހުން " ބ ލ ލެގޫނޫ" ކަމަށް ބުނެވޭ( އަށް ކުއްޔަށް ދކޮށެ،މިރަށު ގުޅިގެނާ ތަފާތު މުޢާމަލާތް ކުރެވިފައިވާކަން ދެފަރާތުގެ ބަހުން އެނގެއެވެ. އަދި،ދެފަރާތުގެ ދެމެދުގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގެ ތެރެއިން، 01 ނޮވެންބަރު 2023 ގައި "އެމެންޑްޑ އެންޑް ރީސްޓޭޓަ ޑީ އިސްތިއުނާފު ފޯމުގެ 7.1.1 އެގްރީމަންޓް ފޯ ދ ލީސް އޮފް އއ. މަޑޫގަލި" ގެ ނަމުގައިބްލޫ ލެގޫންއާއ ދައުލަތާއި ދެމެދި އެއްބަސްވުމެއްގައ ސޮއިކޮށްފައިވާކަމަށް ނޫވިލު ރިޒޯޓުން ބުނެއެވެ. އަދި،ބްލޫ ލެގޫނއާއްނޫވިލު ރިޒޯޓާއ ދެމެދި 02 ނޮވެންބަރު 2023 ގައި ވެވުނުޑީޑ އޮފް އެސައިންމަންޓއްގ ދަށުނަބްލް ލެގޫނަ ށ ލިބިފައިވާ އެންމެހައި ޙައްޤުތައް ނޫވިލު ރ ޒޯޓްށ ބަދަލް ކުރެވފައިވާކަމަށް ނޫވިލު ރިޒޯޓުނ ބަޔާންކުރެއެވެ.

524 ޑިސެންބަރު 2024 ގައި، މިނިސްޓްރީ އޮފް ޓޫރިޒަމް އިން،ނޫވިލު ރިޒޯޓށް ކޮޕީކޮށް،ބްލޫ ލެގޫނއަށި،ބ"ލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އާއި މުވުޒާރ އާދެމެދ 01 ނޮވެންބަރު 2023 ގައި ސޮއިކޮށްފައިވާސެޓްލްމަންޓް އެއްބަސްވުމާގުޅިގެނ ފޮނުވޭ ނޯޓިސް" މިސުރިޚު ގައި ސިޓީއެއްފޮނުވާފައިވކަމަށާއާ،އެނޯޓިހުގައިއެމިނިސްޓްރީއުބލޫ ލެގޫންއ ދެމެދާ 01 ނޮވެންބަރު 2023 ގައު ވެވުނު އެއްބަސްވުމަކީ ބާޠިލްއެއްބަސްވުމެއިކަމަށއ، އެއް ބާޠިލު ޢަމަލު ކުރަންނުޖެހޭ އެއްބަސްވުންތަކެއް ކަމަށ އަންގާފައިވާކަމަށް ނޫވިލު ރިޒޯޓުގެ ފަރާތުން ފާހަގަކުރެއެވެ. އަދި، އިއެއްބަސްވުމާއެ ގުޅިގެނި ސޮއިކޮށްފައިވާ އެހެން އެއްބަސްވުންތައް ވެސް ބާޠިލު ކަމަށް އަދ ސެޓްލްމަންޓްގ އުޞޫލުގެ ދަށުން ދީފައިވާ ލުއި ހިމެނޭ އެހެންވެސް އެއްބަސްވުމެއް ވާނަމަ އެ ލުއި ހިމެނޭ މާއްދާތަކަކީ ވެސް ޢަމަލު ކުރަން ނުޖެހޭ މާއްދާތަކެއް ކަމަށް އަންގާފައިވާ ކަމަށް ނޫވިލު ރިޒޯޓުނި ބުނެއެވެ.

ސިވިލް ކޯޓު މަރުހަލާ

6މިނިސްޓްރީ އޮފް ޓޫރިޒަމގް މިއެންގުމާ ގުޅިގެން، ނޫވިލްރިޒޯޓުގެ ފަރާތުނިޖުޑީޝަލް ރިވިއުގެ ދައުވާއެއް މިނިސްޓްރީގެ މައްޗަށް ހުށަހެޅިއެވެ. އެގޮތުން ދައުވާގައި އެދިފައިވާ ފަރުވގާ ގޮތުގައެ (AGR)88-LS/88/2023/183 (AGR)88-LS/88/2023/188 ފަތުރުވެރިކަމާބެހޭ ވުޒާރާގެ ނަންބަރު 1059/PRIV/2024/LS-88 ސިޓީ )24 ޑިސެންބަރު 2024( ބަޔާންކޮށްފައިވަނީ،މިނިސްޓްރީގެނިންމ ނިންމުނި ބިނާވާ ޤާނޫނީ މާއްދާތައް އެ ނިންމުމުގައި ބަޔާންކޮށްފައި ނުވާތީ އެއީ ޤާނޫނުއަސާސީގެ 43 ވަނީ މާއްދާގަ )ށ( އާއި ޚިލާފަށް ސަބަބު ބަޔާން ކުރުމެއ ނެތް އަދި ޠަބއާއިންސފުގެ ހަމަތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ވާތީ އާއި، ޤާނޫނުއަސާސީގެ 144 ވަނަ މާއްދާއާއި ޚިލާފަށް ލިބިގެން ނުވާ ބާރެއް ބޭނުންކޮށްގެން ނިންމާފައިވާ އަލްޓްރާރ ވިރެސ ނިންމުމެއް ކަމަށް ވާތީއާއެ،ޕްރިންސިޕްލ އޮފް ސްޓޭޓް ކޮންޓިނިއުޓީއާއި ލެޖިޓިމޭޓް އެކްސްޕެކްޓޭޝަނާއ އަދި ޤާނޫނުއަސާސީގި 20 ވަނަ މާއްދާއާއި ޚިލާފަށް ނިންމާފއިވަ ނިންމުމެއކަމަށްވާތީ މިނިސްޓްރީގެ ނިންމުން ބާޠިލުކޮށްދިނުމަށެވެ.

7މަދުއވާއ އެކާ ވަގުތު އަމުރަކަށް އެދި ނޫވިލެރިޒޯޓެގު ފަރާތުން ހުށަހޅިއެވަ.މަދަނީ އިޖުރެއާތުގ ޤާނޫނުގެ 242 ވަނަ މާއްދާގެ )ށ( ގެ 02 ވަނަ ނަންބަރުގެ ދަށނު، ނޫވިލުރިޒޯޓު ގެ ފަރާތުނ އެދިފައިވނ، ޓަރމިނޭޝަން ނޯޓިސްއަށް މިހިނދަށް ޢަމަލު ނުކުރުމަށާއި،މަޑޫގައްޔާއި އެ ރަށުގެ ލީސް އެގްރިމަންޓާއ ގުޅިގެނި އިތުރު ފިޔަވަޅެއް ނޭޅުމަށާއަ،އެރަށާއ ގުޅިގެނި ނޫވިލުރިޒޯޓިށް ލިބިފައިވާ ޙައްޤަށް އަސަރުކުރާނެ ކަމެއް ނުކުރުމަށާއް،އެރަށާއ ގުޅިގެނި ތިންވަނަ ފަރާތެއްގެ ޙައްޤު އުފަންވާނެ ކަމެއް ނުކުރުމަށުވަގުތީގޮތުން އަމުރކޮށްދިނުމަށެވެ.

8އިސްތިއުނާފު ކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 144-B7/VN/1139-2025/2025/03 "ވަގުތީ އަމުރް މެދާ ނިންމު ގޮތް" ގައި ސިވިލް ކޯޓުނ ކަނޑައަޅާފައިވަނީ، ނޫވިލުރިޒޯޓުގެ ފަރާތުން އެދުނު ފަދައިން ވަގުތީ އަމުރު ނެރެދެވނ ނެތް ކަމަށެވެ. އެ ނިންމުމުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނ،މިބާވަތުގެ ވާގުތީ އަމުރު ނެރުމުގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް މިމައްސަލައިގއަ ފުރިހަމަ ނުވުކަމަށެވެ. އެގޮތުން،ޚުސޫމާތް އުފެދިފައިވާ އެންގުމަކާ،ބީ ލ ލެގޫން އަށް ރައްދުވާ އެންގުމެއްކަމުގައިވާތަ،ވަގުތީ އަމުރަށް އެދުމުގެ ސިފަތު ނުވަތު ޙައިޘިއްޔަތަނޫވްލި ރިޒޯޓށ ސިވިލް ކޯޓަށް ނޫވިލު ރިޒޯޓުނ ހުށަހެޅި ޖުޑީޝަލް ރިވިއުގެ ދައުވާ ހުށަހަޅާ ފޯމުގައި "ޝަރީޢަތާ މެދުވެރިކޮށް ހޯދުމަށް އެދް ފަރުވާ ނުވަތަ ފަރުވާތައް" ލިބިގެންނުވާކަމަށ6 F އަދި މިދައުވާއަކީ ދައުލަތުން ބްލޫ ލެގޫން އަށް އެންގި އެންގުމެއް ބާޠިލުކުރުމަށް އެދިފައިވާ ދައުވާއެއް ކަމުގައިވާއިރު، ނޫވިލު ރިޒޯޓަށީޤާނޫނީގޮތުން ލިބެނަޖެހޭ ޙައްޤެއް ނުވަތަ ޤާނޫން މަރުކެ ޒެއ ފާޅުކަން ބޮޑް ގޮތެއްގައި އޮތްކަމަށް ނުބެލެވޭކަމަށެވެ7 F. އަދި މައްސަލައިގައި ހިމެނޭ ޑީޑް އޮފް އެސައިންމަންޓްގައި ސޮއިކުރުމެގެ ފަހުން އިޢާދަނުކުރެވޭ ވަރުގެ ގެއްލުމަކާ ކުރިމަތިލާންޖެހޭވަރުގ އެއްވެސ ކަމެއް ކޮށްފައިވް ކަމުގެ ކާފީ ހެއްކެއް ހުށަހޅާފައިނުވާކަމަށާއ، އަދި ވަގުތީ އަމުރާނުލައި މައްސަލް ކުރިއަށް ގެންދިއުމުން ނޫވިލު ރިޒޯޓަށް ކުރިމަތިވެދާނެ ނުރައްކަލެއް ނުވަތަ ގެއްލުމެއް އޮތ ކަމަށް ނުބެލެވޭ ކަމަށެވެ.8 F އިސްތިއުނާ ފީ ނުކުތާ

9ސިވިލް ކޯޓުގެ ނަންބަރ 144-B7/VN/1139-2025/2025/03 "ވަގުތީ އަމުރާމެދު ނިންމިގޮތް" އިސްތިއުނާފުކުރުމަށް ނޫވިލު ރިޒޯޓުގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި އިސްތިއުނާފު ނުކުތާއެވެ.

9.1. ވަގުތީ އަމުރާއިމެދު ގޮތް ނިންމެވުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް އޮސްޓްރޭލިޔާ އަދި އެންޓި-ކޮރަޕްޝަން ކޮމިޝަންޤަޟިއްޔާގައި ވަގުތީ އަމުރު ނެރުމުގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަނެވަގުތީ އަމުރަށް އެދި ހުށަހެޅި ފަރާތުގަ ކިބައިގައި ފުރިހަމަ ނުވާކަމަށް ނިންމާފައި ވަނީ ވަގުތީ އަމުރު ރައްދުވާ ފަރާތުގެ ވާހަކަތަކަށް ބުރަވެ ހުންނަވއެވަގުތީ އަމުރަށް އެދިހުށަހެޅި ފަރާތުގެ ހުށަހެޅުންތަކަށް އެއްވެސް މިންވަރަކަށް ރިޢާޔަތް ކުރެއްވުމެއް ނެތި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނޫގެ 05 ވަނަ މާއްދާގެ )ހ( އާއި )ށ( އާއި ވަގުތީ އަމުރާމެދު ނިންމިގޮތް 4 ގެ )ނ( އބހ ވަގުތީ އަމުރާމެދު ނިންމިގޮތް 4 ގެ )ބ( އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަން މާއްދާގަ )ރ( އާއި ޚިލާފަށް ކަމުގައިވުނކަމަށ ބުން ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފު ކުރާ ފަރާތުގެ ވާހަކަތަކުގޚެ ލސާ :

10އިސްތިއުނާފީ ނުކުތާގެ ތަފްސީލު އިސްތިއުނާފު ފޯމުގައި ބަޔާންކޮށް، އެފޯމުމިޝަރީޢަތް ނިމުނު ގޮތުގައި ރިޕޯޓާއެކިހިމެނިފައިވާއިރު، އިސްތިއުނާފު ކުރާ ފަރާތުގެ ވާހަކަތައް ބިނާކޮށްފައިވަނީ އަންނަނިވި ޤާނޫނީ ޖަދަލުތަކަށްކަމުގައ ބެލެވެއެވެ.

10.1.ސުޕްރީމް ކޯޓުގެ ނެކްސްބިޒް10Fމއްސަލައިގައަ ކަނޑައަޅާފައިވި 3 ޝަރުޠު ފުރިހަމަވޭތޯ ބެލުމުގައާރީޢޔަތްކޮށްފައިވަނާ،ހަމައެކަނި ދައުލަތުގެ ވާހަކަތަކަށް ކަމަށް އިސްތިއުނާފުކުރ ފަރާތުން ދެކެއެވެ. އެގޮތުން، ދަށު ކޯޓު ނިންމުމުގައިޚިސޫމާތު އުފެދިފައިވާ ނޯޓްހަކްބިލޫ ލެގޫން އަށް ފޮނުވާފައިވާ ނޯޓިހެއް ކަމުގައިވާތީ ވަގުތީ އަމުރަށް އެދުމުގެ ސިފަތު، ހައިޘިއްޔަތު އަދ ޤާނޫނީ މަރުކަޒެއް ނެތް ކަމަށް ދަށު ކޯޓުން ނިންމިއިރު،ނޫވިލި ރިޒޯޓުގެ ފަރާތުން ހުށަހެޅ ލިޔެކިޔުންތަކުން ނޯޓިސް ފޮނުވިއިރު، އެއް.މަޑޫގަލީގެ ލީސް ހޯލްޑަރަކީ ނޫވިލް ރިޒޯޓްކަމަށ ބަޔާންކުރުމުގެ އިތުރުނާއެހެނިހެނިލިޔެކިޔުންތައް ހުށަހެޅިފައިވާނެކަމަށއ، ޓަރމިނޭޝަން ނޯޓިސް ބ ލ ލެގޫންއަށް އެޑްރެސްކުރެވިފައިވާތީ ނަވިލްރިޒޯޓށް ލިބެންޖެހޭ މައުޟޫއީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް ނެތް ކަމަށް ފާހަގަކޮށްފައިވާއިރު، އެ ސިޓީ ނޫވިލު ރިޒޯޓަށް ކޮޕީ ކޮށްފައވާކަމަށާއ، ސިޓީގައިވާ ޢިބާރާތުން ނޫވިލުރިޒޯޓުގެ ޙައްޤަށް އަސަރުކުރާ ކޮން އެނގޭ ކަމަށެވެ.ދައުލަތުގެ އެ ނިންމުމުގެ ސަބަބުން ސީދާ އަސަރު ކުރާ ފަރާތަކީ ނޫވިލު ރިޒޯޓް ކަމަށ ވާތީވ ޤާނޫނެ ގޮތުން ޙިމާޔަތް ލިބެންޖެހޭ ޙައްޤެއް އޮތްކަން އެނގިގެންދކަމަށ ފާހަގަކޮށްފައިވެއެވެ. އަދި ސުޕްރީމް ކޯޓުގެ އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓް ސަރވިސަސް )މޯލްޑިވްސް( ޕްރައިވެޓް ލިމިޓެޑްމައްސަލައިގައ ވެސި ވަގުތީ އަމުރަށް އެދުނީ އެއްބަސްވުމެއްގެ ދަށުން ޙައްޤުތައް އެ ފަރާތަކަށް ބަދަލު ކުރެވުނު ފަރާތް ކަމށ ފާހަގަކޮށްފައިވެއެވެ. އަދި ވަގުތީ އަމުރު ނުނެރިފިނަމަ އިޢާދަނުކުރެވޭ ގެއްލުންވާނެކަމަށް ބަޔާންކޮށް ނޫވިލު ރިޒޯޓުނ ސިވިލް ކޯޓަށް ހުށަހެޅި ވަގުތީ އަމުރަށް އެދޭ ފޯމުގެ 29 އިން 47 ވަނަޕެރެގްރާފގައަފާހްގަ ކޮށްފައިވް ކަންތައްތަކުނިސްޓްރެޖިކް އަދި ޕްރައިމް ލޮކޭޝަނެއްގައ އޮތަ ރަށެއް ގެއްލިގެން ދިއުމުން ވާން ގެއްލުން ފާހަގަކޮށް ހެކިބަޔާން ހުށަހަޅާފައިވާކމަށ ފާހަގަކޮށްފައިވެއެވެ.

10.2. މީގެ އިތުރުން މިމައްސަލައިގެ މައުޟޫއީ ދައުވާ ސިވިލް ކޯޓުން ނިމިފައިވީނަމަވެސް، ސޕްރީމު ކޯޓުގ ބަނީ ހޯލްޑިންގްސް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީF11ޤަޟިއްޔާގައި މައްސަލަ ހުށަހަޅާ ފަރާތުން އިނެބުރ މައްސަލާ ގެންގޮސްފައި ނުވާހާ ހިނދަކު މައްސަލައިގައ ހުރި ޤާނޫނި ކަންތައްތަކަށް ކޯޓުން ގޮތެއް ކަނޑައޅިދާނެކަމަށް ބަޔާންކޮށްފައިވާކަމަށާއ، އިސްތިއުނާފު ކުރެވު މިނިންމުމުގެ މައްޗަށް ބިނާކޮށް މިޚިސޫމާތާއިގުޅިގެން ދައުވާ ކުރުމުގެ ހައިޘިއްޔަތ ނޫވިލު ރިޒޯޓަށް ލިބިގެންވާކަމާއި މެދު ދައުލަތުން އެހެނިހެން މައްސަލަތަކުގައި ތައުނުކުރާކަމަށާއ، އެހެންކަމުން މައްޟޫއު މައްސަލީ ނިމިފައިވީނަމަވެސް އިސްތިއުނާފަށް ހުށަހެޅިފައި މިވ މައްސަލައާ މެދު ގޮތެއް ނިންމުން މުހިއްމުކަމަށް ދެކޭކަމަށް ފާހަގަކޮށްފައިވެއެވެ.

އިސްތިއުނާފު ކުރާ ފަރާތުން އެދޭ ގޮތް

11މިމައްސަލައިގައި އިސްތިއުނާފު ފޯމުގައި "އެދޭ ގޮތް"ކަމަށް ބަޔާންކޮށްފައިވް ގޮތާ އިސްލާޙުކޮށް މައްސަލަ ނިންމުމަށް އެދޭ ގޮތް ކަމަށް ނޫވިލު ރިޒޯޓުގެ ފަރާތުން ބަޔާންކޮށްފައިވަނީ އަންނަނިވ ފަދައިންނެވެ. ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/25 "ސިވިލ ކޯޓުގް ނަންބަރު 144-B7/VN/1139-2025/2025/03 ވަގުތީ އަމުރާއި މެދު ނިންމި ގޮތް، ނިންމާފައި ވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމުގައި ކަނޑައަޅުއްވާ ދެއްވާ އެ ނިންމުން ބާޠިލު ކޮށްދިނުމަށް ..." އިސްތިއުނާފު ރައްދުވާ ފަރާތުގެ ވާހަކަތަކުގޚެ ލާސާ:

12މިއިސްތިއުނާފުގެ ޖަވާބު ފޯމު ދައުލަތުން ހުށަހަޅާ، އެފޯމު މިޝަރީޢަތ ނިމުން ގޮތުގައު ރިޕޯޓާއެކު ހިމެނިފައިވާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުގެ ވާހަކަތައް ބިނާކޮށްފައިވަނީ އަންނަނިވި ޤާނޫނ ޖަދަލުތަކަށްކަމުގައ ބެލެވެއެވެ.

12.1. މިމައްސަލައިގއަ ހިމެނި މައުޟޫއީ ދައުވާ ބެލުމުގެ އ ޚިތިސާސ ސިވިލް ކޯޓަށް ލިބިގެންނުވާކަމަށް އެކޯޓުން ކަނޑައަޅައި 16 ޖުލައި 2025 ގައި ޙުކުމްކޮށްފައިވާކަމަށާއި، އެނިންމުން އެއްވެސ ފަރާތަކުން އިސްތިއުނާފުކޮށްފައިނުވާކަމަށް ފާހަގަކޮށްފައިވެއެވެ. އަދ މިހާލަތުގައި ވަގުތީ އަމުރެގ އިސްތިއުނާފެ މެދްގޮތެއް ކަނޑައޅިދާނެކަމަށް ނުފެންނަ ކަމަށ ފާހަގަކޮށްފައިވެއެވެ.

12.2. އިސްތިއުނާފަ ކުރެވު ނިންމުމަށް ބެލުމުން ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ދަށު ކޯޓުން ނިންމާފައިވަނީ ދައުވާ ހުށަހަޅާފައިވާ ގޮތުން ކަމަށާއި، ދްށ ކޯޓަށު ހުށަހެޅުން ދައުވާއަކީ އަދ ވަގުތީ އަމުރަކީ ބިލޫ ލެގޫން އަށް ފޮނުވުނު ނޯޓިހަކާނޫވލު ރިޒޯޓްއެމެދު އަޅާފައި އޮތް ފިޔަވަޅެއް ކަމަށް ދެކިގެން ހުށަހަޅާފައި އޮތް މައްސަލައއްކަމުގައިވާތީ ކަމަށެވެ. ނޫވިލު ރިޒޯޓުގެ ފަރާތުނ އެދް ފަރުވާތަކުގެ ތެރޭގައި ވެސް ނޫވިލު ރިޒޯޓާއ މެދު ފިޔަވަޅެއް އަޅައިގެން އެފިޔަވަޅެއް ބާޠިލު ކުރުމަކަށް ސީދާ އެދިފައެއް ނެތްކަމަށެވެ.

12.3. ސިވިލްކޯޓުން ނޫވިލު ރިޒޯޓުގެ ޙައިޘިއްޔަތާއިމެދ ގޮތެއު ކަނޑައަޅާފައިވަނީ،ޝަރީޢަތުގެ ކުރިމައްޗަށް ނޫވިލުރިޒޯޓޫގެ ފަރާތުން ހުށަހަޅާފައި އޮތް ޚު ސމާތުގެ ބާވަތަށާއި، އެ ފަރާތުން އެ ޚުސމާތ ކޯޓަށް ޕްރެޒެންޓް ކޮށްފައް އޮތި ގޮތަށްރި ޢާޔަތކޮށްކަމަށްކަމަށާއި،ސިވިލ ކޯޓަށް މައްސަލީ ހުށަހަޅަ ފޯމުގައި ބަޔާން ކޮށްފައި ވަނިބް ލ ލެގޫންއަށް ފޮނުވޭ ނޯޓިހުގައިޙަވާލާދ ޤާނޫނީ މާއްދާއެއް /މާއްދާތަކެއް ބަޔާން ކޮށްފައް ނުވުމުގެ މައްޗަށާއި،އަދި ނެޗުރަލް ޖަސްޓިސްގެ އުޞޫލުތަކާ އެ ނޯޓިސް ޚިލާފުވާ ކަމަށާއި، އަދި ޤާނޫނުއަސާސީގެ 144 ވަނަ މާއްދާއާ 143 ވަނަ މާއްދާގެދަށުނ އެއް އަލްޓްރާ ވައިރަސް ނިންމުމެއްކަމަށާއި އަދި ޕްރިންސިޕަލް އޮފް ސްޓޭޓް ކޮންޓިނިއުޓީގެ އުޞޫލާ، ލެޖިޓިމޭޓް އެކްސްޕެކްޓޭޝަންގެ އުޞޫލާ ޚިލާފަށް ދައުލަތުން އެ ފަރާތަށް ފޮނުވާފައި އޮތް ނޯޓިސްއެއް ކަމަށްވާތީ ހުށަހެޅުނު ދައުވާއެއް ކަމަށެވެ. އެނޯޓިހަކީ ބްލޫ ލެގޫންއ ދައުލަތާ ދެމެދުގައި ވެފައި އޮތް ސެޓްލްމަންޓް އެއްބަސްވުމެއް ބާޠިލު ކުރުމަށް ފޮނުވި ނޯޓިހެއޫކަމަށާއި ޚުސްމާތް އުފެދެނީ ސެޓްލްމަންޓް އެއްބަސްވުން ބާޠިލުކުރުމާގުޅޭ ގޮތިނ ކަމަށެވެ. ދައުވާގައި ކަން ހިނގާދިޔަ ގޮތުގައި ބަޔާން ކޮށްފައި ހުރްކަންކަނވެސްބިނާކުރަނީ ބްލޫ ލެގޫންގެ ވާޤިޢާތައކަމަށާއި، ބްލޫ ލެގޫންއަށް މި މައްސަލައިގައި ބަދަލު ދޭންޖެހޭ ސަބަބާއި، އަދި އެ ސެޓްލްމަންޓް އެއްބަސްވުމަށް ވާޞިލުވިގޮތާއި،އެ ސެޓްލްމަންޓް އެއްބަސްވުމަކީ ޤާނޫނާ އެއްގޮތަށްވި އެއްބަސްވުމެއް ކަމާއް،ސެޓްލްމަންޓް އެއްބަސްވުން އުވާލި އުވާލުމަކީ ޤާނޫނާ ޚިލާފަށް ދައުލަތުން ކުރި ޢަމަލެއްގެ ގޮތުގައި ފާހަގަކޮށް ކަމަށް ބަޔާންކޮށްފައިވެއެވެ.

12.4. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑވ. ޖުމެއިރާ މެނޭޖްމަންޓެ ސަރވިސަސް )މޯލްޑިވްސް( ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ މިމައްސަލައާ ފަރަޤުކުރެވޭ ކަމަށާއި، އެމައްސަލައިގައި އޮތްޚްސޫމާތަކ އެސް.ޕީ.އެޗުއާއި ޖުމްއިރާއެ ދެމެދުއޮތް އެއްބަސްވުމެއް ބާޠިލުކް ރުމާއް ގުޅިގެންއުފިދައިވާ ޚުސޫމާތެއް ކަމަށ ފާހަގަކޮށްފައިވެއެވެ.

12.5. ދެވެހިރާއްޖޭގެސުޕްރީމ ކޯޓުގް ނެކްސްބިޒް ލިމިޓެޑް )އޮސްޓްރޭލިއާ( ވ. އެންޓި ކޮރަޕްޝަން 15 14 ކޮމިޝަން ޤަޟިއްޔާގައި ވަގުތީ އަމުރެއް ނެރެދެވޭނެ 3 ޝަރުތެއްބަޔާންކޮށްފައިވާކަމަށެވެ. އޭގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގް ރިޖްވުޑް ހޮޓެލްސް އެންޑް ސުއިޓްސް ޕްރައިވެޓ ލިމިޓެޑް ވ. މުޙައްމަދު ޞަދީފޫޤަޟިއްޔާގައި ވަގުތީ އަމުރު ނެރުމަކާ ނުލައި އަޞްލު މައުޟއުދް އ ވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއޫއޮތުމުގެ މަފްހޫމަކީ، މައުޟއުދްއަވާ އާދައިގެ އިޖުރާއަތުގެ ދަށުން ފުރިހަމަކޮށްފިނަމަ ފޫނުބެއްދޭ ވަރުގެ ގެއްލުން ނުވަތެ އިޞްލާޙްކޮށް ރަނގަޅު ނުކުރެވޭފަދަ ގެއްލުމާއި އަމުރަށް އެދޭ ފަރާތުނ ކުރިމަތިލާންޖެހުންކަމަށ ފަނޑިޔާރް މަހާޒް ޢަލީ ޒާހިރު ފާހަގަކުރައްވާފައިވާ ކަމަށާއި، ހައިކޯޓުގ ދައުލަތް ވ. ޢަބްދުﷲ ޝާކިރު އަދި އިތުރު 8 ފަރާތެއް ޤަޟިއްޔާގައި ވަޒީފާގެ މައްސަލަތަކުގައިވެސ މައްސަލް ހުށަހަޅަ ފަރާތަށް އިޢާދަ ނުކުރެވޭ ގެއްލުމެއް އޮތް ޙާލަތްތަކުގައި ނުވަތަ އެ މައްސަލައެއްގެ ޙުކުމް ތަންފީޛުކުރަން ހުރަސްއެޅިދާނެ ފަދަ ޙާލަތެއް އޮންނަ ޙާލަތްތަކުގައި ވަގުތީ އަމުރެއް ނެރެދޭންޖެހޭކަމަށް ފަނޑަ ޔާރ މުޙައްމަދު ނިޔާޒު ފާހަގަކުރައްވާފައިވާކަމށެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭ ގޮތް

13ދައުލަތުން ހުށަހެޅި އިސްތިއުނާފީ ދައުވާގެ ޖަވާބު ފޯމުގައި އެދޭގޮތްކަމަށް ފާހަގަކޮށްފައިވަނީ، އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައި، ސިވިލް ކޯޓުގެ ނަންބަރ އބޙ އެއީ؛ 1- ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމްވެގެންވުން، 2- ވަގުތީ އަމުރު ނެރުމަކާނުލައި އަޞްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން، 3-ވަގުތީ އަމުރަކަށް އެދޭ ފަރާތަކީ އަމުރަކަށް އެދުމުގެ "ސިފަތު" ނުވަތަ ޙައިޘިއްޔަތު ލިބިގެންވާ ފަރާތެއްކަމުގައިވުން؛ މިއެވެ. Risk of imminet and irreparable damage 2020/HC-A/217,218,219,220,221,222,223,224,225 144-B7/VN/1139-2025/2025/03 "ވަގުތީ އަމުރާމެދު ނިންމިގޮތް" އަށް ބަދަލުގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައިދީ މައްސަލަ އަވަހަށް ނިންމައި ދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:

14ބަލަމުންދާމުއިސްތިއުނާފަކ ސިވިލް ކޯޓުގެ ނަންބަރ 1139-CVC-2025 ޤަޟިއްޔާގައިނޫވިލު ރިޒޯޓުގެ ފަރާތުނ ވަގުތީ އަމުރަކަށް އެދި ހުށަހެޅުމުން އެކޯޓުން ނިންމާފައިވާ ނިންމުމެއްގެ އިސްތިއުނާފެކެވެ. ސިވިލް ކޯޓުގެ ނަންބަރު 1139-CVC-2025 ޤަޟިއްޔާބެލުމުގެ އިޚިތިސާސ އެކޯޓަށ ލިބިގެންނުވާކަމަށް ބަޔާންކޮށް އެމައްސަލައިގައ ދައުލަތުގާފަރާތުނ ހުށަހެޅް އިޖުރާއީ އިއުތިރޟްގުޅިގެންއެދައުވ ފޯމާ ބާޠިލުކޮށުދްއްވާ ކުރިއަށް ގެންދެވޭނެ ޤާނޫނީ ހަމައެއް ނެތްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވެއެވެ. ސިވިލް ކޯޓުގެ މިނިންމުމަކީ އެއްވެސް ފަރާތަކުން އިސްތިއުނާފުކޮށްފައިވާ ނިންމުމެއް ނޫންކަން ދެފަރާތުގެ ބަހުން އެނގެއެވެ.

15އެހެންކަމުން، އިސްތިއުނާފުކުރެވޭ ނިންމުމާ ގުޅޭ މައުޟޫއީ މައްސަލަނުބެލޭނެކަމަށ ސިވިލް ކޯޓުން ކަނޑައަޅައި އެނިންމުން ނިހާއީ ވެފައިވާތީ އެނިންމުމަކީ ޤާނޫނާޚިލާފު ނިންމުމެއްކަމަށްމިކޯޓަށް ކަނޑައެޅިދާނެކަމަށް ނުފެންނަ ކަމަށ އިސްތިއުނާފު ރައްދުވާ ފަރާތުން ބަޔާންކޮށްފައިވެއެވެ. ދައުލަތުގެ މިފާހަގަކުރުމާ ގުޅިގެން،ސުޕްރީމް ކޯޓުގެ ބަނީ ހޯލްޑިންގްސް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓިޤަޟިއްޔާގައީފާހަގަކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް،މިއިސްތިއުނާފ މައްސަލަ ބަލައި ގޮތެއް ކަނޑައަޅައިދިނުމަށް އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވެއެވެ.

16HN1ސުޕްރީމް ކޯޓުގެ ބަނީ ހޯލްޑިންގްސް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާގައި މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ އަނބުރާ ނުގެންދާނަމަ، މިފަދަ )މަޙައްލު 2025/2025/03-B7/VN/1139-144 "ވަގުތީ އަމުރާމެދު ނިންމިގޮތް" ގެއްލިފައިވާކަމަށް ބެލެވޭ( ޙާލަތްތަކުގައިވެސް، ކޯޓަށް ހުށަހެޅިފައިވާ ޤާނޫނީ ނުކުތާއަށް ގޮތް ކަނޑައެޅުމަކީ ކޯޓުގެޒިންމާއެއްކަމަށެ ބަޔާންކޮށްފައިވެއެވ.ހަމަ މިއާއކެ، ކޯޓެއްގައި ހިނގަމުންދާ މައްސަލައެއްގައ ވަގުތީ ގޮތުން އެޅޭ ފިޔަވަޅުތަކުގެ ނިންމުންތަކުގެ އިސްތިއުނާފުތަށަބެލުމުގައި، މައުޟޫއާ މައްސަލީ ނިންމުމުން ވަގުތީ އަމުރަށް ނިމުން އަންނިޙެލަތުގައަމައްސަލައިގ މައުޟޫގެ ތެރެއިނާ ބެލިގެން ނޫން ގޮތެއް ކަނޑީއެޅޭނެ ފަދަ އިސްތިއުނާފީ ބަހުޘެއް ހުށަހަޅާފައިނުވިއިސްތިއުނާފ މައްސަލަތަކުގައްއިސްތިއުނާފުތައ ކުރިއަށް ގެންދެނެތަނެއުއޮތ ކަމަށް ނުފެންނަ ކަމަށް މިކޯޓުގ ފާޠިމަތ ޢަބްދުލްޣަފޫރު އަދި އާމިނަތު ޢަބްދުލްޣަފޫރު ވ. ޙަސަން ޝާކިރު މުޙައްމަދު އަދި މާލޭ ސިޓީ ކައުންސިލްގެ އިދާރީ ޤަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ.

17މޫއީޞު ލުތައް މިމައްސަލައަށް ތަޠްބީޤުކުރަމުން އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވަނ، މިއިސްތިއުނާފުގައި މައްސަލައިގެ މައުޟޫގެ ތެރެއަށް ފީނުމެއްނެތި ޖަވާބު ލިބެންޖެހޭ ޤާނޫނީ ސުވާލެއް އޮތް ކަމަށެވެ.އެގޮތުން، އޭރު ހުށަހެޅުނު ދައުވާގައި އެދިފައިވާ ފަދައިން ވަގުތީ އަމުރަކުން ހިމާޔަތް ލިބެންޖެހޭ ޤާނޫނީ މަރުކަޒެއް ނުވަތަ ސިފަތެއ ނެތް ކަމަށް ކަނޑައަޅާފައިވަނީ، ޤާނޫނީ ގޮތުންރަނގަޅު އޮޞލެއްގެ މައްޗަށް ނޫން ކަމަށް ބަޔާންކށްފައިވެއެވެ. އެގޮތުން، ޑީޑް އްފް އެސައޮނިމަންޓެއްގެ ދަށުނ ޙައްޤުތައް ބަދަލު ކުރެވިފައިވާ ޙާލަތެއްގައަ،ކުރީގެ ލީސް ހޯލްޑަރާށެފޮނުވާ ނޯޓިހަކްއަދި އެނޯޓިހުގ ސަބަބުންއަސަރުކުރްކަމަކ ގުޅިގެނާ ވަގުތީ އަމުރަކަށް އެދުމުގެ ޙައްޤެއް ނެތް ކަމަށ ކަނޑައަޅާފައިވަނީ، ޤާނޫނީގޮތުން ގޯސްކޮށްކަމަށާއި،މިނިންމުމުގެ ސަބަބުން ދަށުކޯޓުތަކުގައި މިހާރު ހިނގަމުންދާ މައްސަލަތަކަށް އަސަރުކުރާކަމާއި އެހެންކަމުން މައުޟޫއީ މައްސަލަ ނިމިފައިވީނަމަވެސ މިނުކުތާއަށް ޖަވާބެއް ލިބެންޖެހޭ ކަމަށް ދެކޭކަމަށެވެ. އބޙ ގެ ޕްރެގްރާފް 23 2024/HC-A/207

18HN2ޤާނޫނީ އޞު ލެތަކަށް ބަލާއިރު،ވަގުތީ އަމުރުގެ މަޤްސަދަކީ މައްސަލައިގުމައުޟިއޫ ގައި ނިންމާ ނިންމުމަށް އެހީވެދިނުމުގ ގޮތުނެ ދެފަރާތުގެ ޙައްޤުތަކަށްވެސް ރީޢަޔަތްކުރުމާއެކު އެހިނދަށް ވަގުތީ ޙެ އްލެއް ދިނމެވ . ވަގުތީ އަމުރެއް ނެރެދިނުމުގައި ޢަމަލުކުރާ އުޞޫލުތަކަށް ބަލާއިރު، ވަގުތީ އަމުރެއް ނެރެދިނުމަށ އެދެން ވަގުތީ ފަރުވާއެއް ދެވިދާނެކަމެއްގައި އެކަމަށް މުނާޞަބު މަޙައްލެއްގައެވެ. ވަގުތީ އަމުރަކަށ އެދް ޙާލަތެއްގައި އެފަދަ އަމުރެއް ނެރެ ފިޔަވަޅު ނާޅައިފިނަމަ، ކ ޓަށް ހުށަހެޅިފައިވާ މައުޟއޫ މައްސަލައިގައި ޙުކުމްކުރެވޭއިރު، އެ ޙުކުމުގެ މަޤުޞަދު ހާސިލުނުވ ހިނގައިދާނެ ކަމެއް ކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރެއްޖެނަމަ، ނުވަތަ މައްސަލައިގައި ހިމެނޭ ދެފަރާތުންކުރެ ފަރާތަކަށް ގެއްލުމެއް ލިބިދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ ވަގުތީ އަމުރެއް ނެރެދިނުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެއެވެ .

19HN3ވ ގުތ އަމުރަކަށް އެދޭ ފަރާތަށް އެއަމުރަށް އެދުމުގެ ހައިޘިއްޔަތު ލިބޭ، ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟއޫ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި އޮތުމަކީ، ވަގުތީ އަމުރަށް އެދޭ ފަރާތުގެ ކިބައިގައި ފުރިހަމަ ވާންޖެހޭ ކަމެއްކަމުގައި ސުޕްރީމް ކޯޓުން ނެކްސްބިޒް މައްސަލައިގައި ކަނޑައަޅާފައވެއެވެ. އެކަން މައްސަލައިގެ ވާޤިޢާތަކުން ސާފުވާންޖެހެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ އެސޕް. .އެޗް ޕްރައިވެޓް ލިމިޓެޑވް . ޖުމެއިރާ މެނޭޖްމަންޓު ސަރވިސަސް ) މޯލްޑިވްސް ( ޕްރައިވެޓް ލިމިޓެޑް މައްސަލައިގައި އިޝާރާތްކޮށްފައިވާ ގޮތަށް މައްސަލައިގެ ޙަޤީޤަތްތަކުގެ މައްޗަށް ނުފީނައި އެކަން ފެންނަންޖެހޭނެއެވެ . ވަގުތީ އަމުރަކުން ހިމާޔަތް ލިބެންޖެހޭމައުޟޫއީ ޙައޤެއައޮތްކަމާއި އެފަރުވާއެއް ހޯދުމުގެ ހައިޘިއްޔަތު އޮތްކުމ ހުށަހެޅުން މައްސަލައާއި އަދި އެދޭ ފަރުވާގެ މައްޗަށް ބިނާވާ ކަމެކެވެ. SC 37 [2024] ޕެރެގްރާފް 9 އބޙ ގެ ފަނޑިޔާރު ޑރ.މުޙައްމަދު އިބްރާހީމްގެ ރައުޔުގެ ޕްރެގްރާފް 72

20މިމައްސަލައިގައި ވަގުތީ އަމުރު ނެރުމުގެ ހައިޘިއްޔަތު ނެތް ކަމަށް ކަނޑައެޅިފައިވަނީ މައްސަލައިގެ ދައުވ ފޯމާ ހުށަހެޅިފައިވާ ގޮތުން ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ދެކެއެވެ. އެގޮތުން،މިދައުވާއަކ ބްލޫ ލެގޫންއަށ ފޮނުވުން ނޯޓިހެއް ބާޠިލުކުރުމަށް އެދި ހުށަހެޅުނު ދައުވާއެއްކަމުން، އެނޯޓިހާއ ގުޅިގެނި ވަގުތީ އަމުރުތަކަށް އެދުމުގެ ހައިޘިއްޔަތު ނޫވިލު ރިޒޯޓށ ނުލިބޭކަމަށް ދައުލަތުން ދެކެއެވެ.

21އިސްތިއުނާފ ކުރެވު "ވަގުތީ އަމުރާމެދު ނިންމި ގޮތް" ގެ 4 ވަނަ ޕެރެގްރާފްގެ)ނ( ގައި ބަޔާންކޮށްފައިވަނީ ވެސު މިދައުވާގައި އުފެދިފައިވީ ޚ ސޫމަތަކ އިސްތިއުނާފު ރައްދުވާފަރާތާއުލި ބ ލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އާދެމެދ 01 ނޮވެންބަރު 2023 ގައި ސ އިކޮށްފައިވޮ އެއްބަސްވމަކިދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއޫގަވާއިދުތަކާ ޚިލާފު ބާޠިލު އެޞުލެއްގ މައްޗަށް ތަރުތީބުވު ސޮއިކޮށްފައިވާ އެއްބާސްވުމެއްކަމަށް ބުނެ، އެއެއްބަސްވުމިގެ ދަށުން ސޮއިކޮށްފައިވާ އެހެނިހެން އެއްބަސްވުންތަކާއުކުރެވިފައިވާ މުޢާމަލާތްތަކަށް ޢަމަލުކުރެވެން ނެތްކަމަށާއިސްތިއުނާފ ރައްދުވީފަރާތުގެ ސިޓާން ބުލޫ ލެގޫންއަށް އަންގާފައިވާ އެންގުމެއްގެ މައްޗަށް އުފެދިފައިވްޚި ސޫމާތެއްކަނ އެނގެން އޮންނަކަމާއު، މ ޚްސޫމާތް އަސްލު ރައްދުވާ ފަރާތަކީ، ބްލޭ ލެގޫން އިންވެސްޓްމަންޓް ޕްރައިވެޓ ލިމިޓެޑާކަމާއި، އިސްތިއުނާފުކުރުނޫވިލ ރިޒޯޓު ޕްރައިވެޓް ލިމިޓެޑް ނޫންކަން އިސްތިއުނާފުރައްދުވ ފަރާތނު ފޮނުވި ސިޓީއިން ސާފުކޮށްއެނގެން އޮންނާތީ، މިވަގުތީ އަމުރަށް އެދުމުގެ ސިފަތު ނުވަތަ ހައިޘިއްޔަތު އިސްތިއުނާފު ކުރާ ފަރާތަށް ލިބިގެންނުވާކަނ އެނގެން އޮންނަކަމަށެވެ.

22HN4މިމައްސަލައިގައި ދަށު ކޯޓަށް ހުށަހެޅުނު ދައުވާ ފޯމުގައި އިސްތިއުނާފު ކުރާ ފަރާތުން އެދުނު މައިގަނޑުފަރުވާތަކުގައ ފާހަގަކޮށްފައިވަން،އެފަރާތަށް ކޮޕީކޮށްބަލޫ ލެގޫންއަށް ފޮނުވާފައިވާ ނޯޓިހަކީ ބާޠިލު ނޯޓިހެއް ކަމުގައި ކަނޑައޅައިދިނާމަށެވެ.ސިވިލ ކޯޓަށް ހުށަހެޅުން ދައުވއ ދައުވާ ފޯމުގައި ބަޔާންކުރާ ކަންތަކަށް ބަލާއިރު،މިނޯޓިހުގައި ޙަވާލާދޭ އެއްބަސްވުމުގެ ދަށުން ލިބިދޭ ޙައްޤުތައް ޓްރާންސްފަރކޮށްފައިވަނީ ނޫވަލު ރިޒޯޓަށކާނ ސާފުކޮށް ބަޔާންކޮށްފައިވެއެވެ. ހުށަހެޅުނު ދައުވާ ފޯމް 144-B7/VN/1139-2025/2025/03 އެދައުވާ ފޯމާއެކު ހުށަހެޅުނު ލިޔެކިޔުންތަކުން،ނޯޓިހުނ ބާޠިލުކަމަށް އަންގާ އެއްބަސްވުމުގެ ދަށުން އެސައިންމަންޓ އެއްބަސްވުމެއް އިސްތިއުނާފު ކުރާ ފަރާތާއެކު ވެވިފައިވާކަންފާޅުކަން ބޮޑު ގޮތެއްގައި އެނގެއެވެ. ނޯޓިހުގެ އިބާރާތުގައި 01 ނޮވެންބަރު 2023 ގައި ވެވުނު އެއްބަސްވުން ބާޠިލުކަމަށް އެންގުމުގެ އިތުރުނު"މިއެއްބަސްވުމާ ގުޅިގެނާ އިތުރު އެހެން އެއްބަސްވުމެއްގައ ސޮއިކޮށްފައިވާނަމަ އެއެއްބަސްވުމަކީ ވެސް ބާޠިލު އެއްބަސްވުމެއް ކަމާއި، ސެޓްލްމަންޓް އެޞޭލުގ ދަށުން ދީފައިވާ ލުއި ހިމެންގޮތށްސޮއިކޮށްފައިވާނަމަ، އެލުއ ހިމެނި ގޮތަށް ބަޔާންކޮށްފައިވާ މާއްދާތަކަކީ ޢަމަލުކުރަނެ ނުޖެހޭ މާއްދާތަކެއްކަމަށް" ބްލޫ ލެގޫންއަށް އަންގާފައިވާ ކަން ސާފުވެ.

23އިސްތިއުނާފު ކުރެވިފައިވާސިވިލ ކޯޓުގް ނަންބަރ 144-B7/VN/1139-2025/2025/03 ނިންމުމުގައިނޫވިލު ރިޒޯޓުގެ މަސްލަހަތެއް ނެތް ކަމަށ ކަނޑައަޅާފައިވަނީ، ނޯޓިސްސީދާ ގޮތެއްގައި އަންގާފައިވަނެބލޫ ލެގޫން އަށް ކަމަށްވާތީކަމަށް ނިންމުމުގެ 4 ވަނަ ޕެރެގްރާފްގެ )ނ( އިން އެނގޭއިރު، ހުށަހެޅުނު އެއްބިސްވުމާ ވާޤިއާތަކުން މިމައްސަލަ ހުށަހެޅުމުގައި އަދި ވަގުތީ އަމުރަށަ އެދުމުގައިނޫވިލު ރިޒޯޓަށީސިފަތު އަދި ހައިޘިއްޔަތެއ އޮތްކަން ފާޅުކަން ބޮޑް ގޮތެއްގައި އެނގޭކަމުގައި ދެކެމެވެ. އަހުރެންގެ މިރައުޔަކާއިސްތިއުނާފުކުރެވިފައި މިވ ވަގުތީ އަމުރމެދ ނިންމު ގޮތް ސިވިލް ކޯޓުން ނިންމި އިރު، މައްސަލާ އޮތްޙްލަތަށއި އޭރުގެ ހުށަހެޅުންތަކަށް ބިނާކޮށް، ވާސިލުވެވޭ ރައުޔކެވެ.

24HN5ދިވެހިރާއްޖޭގު ސުޕްރީމް ކޯޓުގެ މުޙައްމަދު ވ. ޢާއިޝަޠ ޤަޟިއްޔާގައި ދަށު ކޯޓުގައިހިނގަމުންދާ މައްސަލައެއްގެ މައުޟޫއުގައި ހިމެނޭ ކަންކަމުގެ ތެރެއަށް ވަދެ، އެމައްސަލައިގައި ހުށަހެޅިފައިވާ ނުވަތަ ހުށަހެޅިދާނެ ހެކިތަކެއްގެ މައްޗަށް ބަސްބުނެ އެހެކިތައް އިސްތިއުނާފީ މަރުހަލާގައި ޑޮކިއުމެންޓް 6 nd 31 Deed of Assignemnt of Madoogali in north ari atoll, republic of maldives. – 2 novermber 2023 144-B7/VN/1139-2025/2025/03 ވަޒަންކުރުމުގެ ނަތީޖާއަކީ ދަށުކޯޓުގައި ހިނގަމުންދާ މައްސަލައަށް ހިޔަނި އެޅި އިންސާފު ޤާއިމުކުރުމަށް އޮތް ދޮރު ބަންދުވުނ ކަމަށް ބަޔާންކޮށްފައިވެއެވެ.

25އެހެންކަމުން، މިއިސްތިއުނާފުގައި ގެއްލުން ވަޒަންކުރުމާ ގުޅޭގޮތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،މަޚްސޫމާތ ގުޅާ މްއްސަލަތައ ދަށް މަރުހަލާގައި ހިނގަމުނޭ ދާކަން ދެފަރާތުގެ ބަހުން އެނގތީއާއާ،އިސްތިއުނާފު ކުރެވިފައިވީނިންމުމ ގުޅާ މ އުޟޫއ މައްސަލަ ނިމިފައިވާތި، އިސްތިއުނާފީ ނުކުތާގައާއިތުރަށް ދައްކާފައި ހުރި ވާހަކަތަކްމެދު މިކޯޓުން މިހިނދުގައި ގޮތެއް ކަނޑައެޅިދާނެ ކަމުގައި ނުދެކެމެވެ.

ނިންމުން

26އިސްވެ ދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ނޫވިލު ރިޒޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް، ސިވިލް ކޯޓުގެ ނަންބަރ 144-B7/VN/1139-2025/2025/03 " ވަގުތީ އަމުރާމެދު ނިންމިގޮތް" ގައި ވަގުތީ އަމުރަށް އެދުމުގެ ސިފަތު ނޫވިލު ރިޒޯޓް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިނުވާކަމަށީސިވިލ ކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ކަނޑައަޅައި ނިންމަން ފެނެއެވެ.

ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު

27ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔު

28ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

29މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ.މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ހ( މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ށ( މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ނ(

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ