ވަން އެވެނިއު މެނޭޖްމަންޓް ކޮންޑޮމިނިއަމް ކޯޕަރޭޓިވް ސޮސައިޓީ 2.އަޙްމަދު ޙަނީފް ވ. ޢަބްދުﷲ މުސްތާޤު ރަޝާދު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 144-B11/VA/2024/01
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- މެއިންޓެނެންސް ފީ ނުދެއްކުމުން އަޅާފައިވާ ފިޔަވަޅުގެ ސަބަބުން ދިރިއުޅޭ ޔުނިޓަށް ވަދެނިކުމެ އުޅުމަށް ހުރަސްއެޅުން މަނާކޮށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު، އަމުރަށް އެދުން ލަސްވުމާއި، ހެކިތަކާމެދު ބަސްބުނުމުގެ ފުރުޞަތު ނުދިނުމާއި، ގެއްލުން ސާބިތުނުކުރުމާއި، ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓް ތަޠުބީޤު ނުކުރުމުގެ ސަބަބުން ބާޠިލުވާންޖެހޭތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ވަގުތީ އަމުރު ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ވަގުތީ އަމުރަށް އެދުން ލަސްވި ސަބަބަށްޓަކައި ހަމައެކަނި، އަސާސީ ޙައްޤަކަށް (ކުޑަކުދިންގެ ޙައްޤުތައް ހިމެނޭގޮތަށް) ހުރަސްއެޅިދާނެ ކަމެއްގައި ކޯޓުތަކަށް ވަގުތީ ފަރުވާ ނުދެވޭނެ ކަމަށް މާނަނުކުރެވޭނެއެވެ. އަމުރަށް އެދުން ލަސްވުމަކީ ފަރުވާ ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް މުޠުލަޤަށް ނެތިގެންދާ ކަމެއް ނޫނެވެ.
HN2 ފިޔަވަޅު އަޅާފައިވަނީ އެއްބަސްވުމާ އެއްގޮތަށްތޯ ނުވަތަ ޤާނޫނީ އިމުގެ ތެރެއިންތޯ ފަދަ ކަންކަމަކީ މައުޟޫޢީ ދަޢުވާގެ ތެރެއިން ބެލޭނެ ކަންކަމެވެ. ވަގުތީ ފަރުވާއާމެދު ގޮތް ކަނޑައަޅަނީ ޕްރައިމާ ފޭޝީ މިންގަނޑުން ވަޒަންކޮށްގެން ކަމަށްވާތީ، އެހިނދު ޙައްޤުތައް ރައްކާތެރިކުރުމަށް ޤާނޫނުއަސާސީގެ މާއްދާތަކަށް ރިޢާޔަތްކުރުމަކީ ޤާނޫނީ ގޯހެއް ނޫނެވެ.
HN3 ވަގުތީ އަމުރު ނެރުމަކީ، އަމުރު ނުނެރެފިނަމަ ލިބިދާނެ ގެއްލުމަށް ރިޢާޔަތްކޮށް ފަނޑިޔާރަށް ލިބިދޭ ތަޤްދީރީ ބާރެކެވެ. ބައެއް ޙާލަތްތަކުގައި އެންމެހާ ހެކިތަކާމެދު ދެފަރާތުގެ ބަސް އަޑުއެހުމަށްފަހު ވަގުތީ އަމުރާމެދު ގޮތް ކަނޑައެޅުމަކީ އިންސާފުވެރި ގޮތަކަށް ނުވެ، ވަގުތުން ފަރުވާ ދޭންޖެހޭ ޙާލަތުގައި އިންސާފަށް ހުރަސްއެޅޭ ކަމަކަށް ވެދާނެއެވެ. ހެއްކަކާމެދު ބަސްބުނުމުގެ ފުރުޞަތު ނުދިނުމުން ބޭއިންސާފެއް ކުރިމަތިވިކަން ދައްކަންވާނެއެވެ.
HN4 ވަގުތީ އަމުރު ނުނެރެފިނަމަ ލިބިދާނެ ގެއްލުމާ ގުޅޭ ހެކިތައް ފަނޑިޔާރު ވަޒަންކުރަނީ މަތިމަތިން ބަލައިގެން، މައުޟޫޢަށް ނުފީނައެވެ. ބަޔަކު ދިރިއުޅޭ ތަނަށް ވަދެނިކުމެ އުޅުމަށް ހުރަސްއެޅުމުން ގެއްލުންވާނެކަން، ވަގުތީ އަމުރު ނެރޭ މަރުޙަލާގައި އިތުރު ހެކިން ސާބިތުކޮށްދޭންޖެހޭ ކަމެއް ނޫނެވެ.
HN5 ތަނުގައި ދިރިއުޅުމުގެ ޤާނޫނީ ހައިޘިއްޔަތު ލިބިފައިވާ ބަޔަކަށް ތަނަށް ވަދެނިކުމެ އުޅުމަށް ހުރަސްނޭޅުމަށް ނެރުނު ވަގުތީ އަމުރެއްގައި ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓު ލިޔެ ތަޠުބީޤު ނުކުރުމަކީ، އެ ޓެސްޓު ތަޠުބީޤުކުރިނަމަ އަނެއް ފަރާތް އިސްވާނެ ގޮތެއް ނުވަތަ އެކަމުން ޙައްޤަށް ހުރަސްއެޅުނު ގޮތެއް ނުދައްކާހާ ހިނދަކު އަމުރު ބާޠިލުކުރާނެ ސަބަބެއް ނޫނެވެ.
HN6 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 270 ވަނަ މާއްދާގެ (ހ) ގެ ދަށުން ޝަރީޢަތުގެ ޚަރަދަކީ ދަޢުވާ ކާމިޔާބުކުރާ ފަރާތަށް ނަގައިދެވޭ ޚަރަދެކެވެ. އިސްތިއުނާފީ ޚަރަދު ހޯދުމަށް އެ ޤާނޫނުގެ 25 ވަނަ ބާބުގެ ދަށުން ސިވިލް ކޯޓަށް ހުށަހެޅުމުގެ ޙައްޤު ކާމިޔާބުކުރާ ފަރާތަށް އޮންނާނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސައިން މަޒީދު، ފާޠިމަތު ފަރްހީޒާ، ޢަބްދުއްރައޫފު އިބްރާހީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ފާޠިމަތު ފަރްހީޒާ، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1މިއީ ސިވިލް ކޯޓުގެ ނަންބަރު B11/VA/2024/01-144 ވަގުތީ އަމުރު އިސްތިއުނާފުކުރުމަށް ވަން އެވެނިއު ކޮންޑޮމިނިއަމ ކޯޕަރޭޓިވް ސޮސައިޓީ އާއި، މާލެ، ދަފްތަރު ނަންބަރު ރސ 13509، އަޙްމަދު ޙަނީފް އާއި، ސ. ހުޅުދޫ، […] މުޙައްމަދު މިރޞުދު އާއި، މާލެ، […] ޢާއިޝަތު ޒީބާ ސަޢީދު އާއި، މާލެ، ވ.ވިސިންގހާޓް، ރަޙްމަތﷲ ޢަބްދުލްފައްތާޙް އާ މި 5 (ފަހެއް) ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ރަޖިސްޓްރީކުރެވުނު ނަންބަރު 2024/HC-A/216 ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދވަނު މާލެ، ދަފްތަރު. ނަންބަރު ރސ 13398، ޢަބްދުﷲ މުސްތާޤު ރަޝާދު އާއި ހދ. ނޮޅިވަރަންފަރު، […] މުނީޒާ ޙަސަން ގެ މައްޗަށެވެ.
މައްސަލައިގެ ފަސްފަހަތް
207 އޮކްޓޫބަރު 2020 ގައި ދަމާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއި މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ޢަބްދުﷲ މުސްތާޤު ރަޝާދު އާއި މުނީޒާ ޙަސަނއ މެދާ "ޕެންޓްހައުސް ގަނެވިއްކުމުގް އެއްބަސްވުން" ވެފައިވެއެވެ.
. ރަޖިސްޓްރީ ނަންބަރު: CS00042022
3އެއްބަސްވުމުގެ ދަށުން ފައިސާ ދައްކައި، އެއްބަސްވުމުގައި ބަޔާންކުރާ ޕެންޓްހައުސް ޔުނިޓް (ވަން އެވެނިއު ކޮންޑޮމިނިއަމްގެ ޔުނިޓް S902) އަށް ޢަބްދުﷲ މުސްތާޤު ރަޝާދު އާއި މުނީޒާ ޙަސަން އާއި ދަރިންގެ ދިރިއުޅުން ބަދަލުކޮށްފައިވެއެވެ.
4އެއްބަސްވުމުގެ 28 ވަނަ މާއްދާގެ ދަށުން ވަން އެވެނިއު ކޮންޑޮމިނިއަމްގެ އާންމު ސަރަހައްދުތައް އަދި ޚިދުމަތްތަކާއި ވަސީލަތްތަކާއި ސާފުކުރުމާއި ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އާއި މަސްއ ލިއްޔަތުތައް "ވަން އެވެނިއު ކޮންޑޮމިނިއަމ މެނޭޖްމަންޓް ކޯޕަރޭޝަން" އަށް ބަދަލުކޮށްފައިވެއެވެ.
5އޭގެ ފަހުން މެނޭޖްމަންޓް ފީގެ ގޮތުގައީ "ވަން އެވެނިއު ކޮންޑޮމިނިއަމ މެނޭޖްމަންޓް ކޯޕަރޭޝަން" އިން ދައްކަން އަންގާފައިވާ އަދަދަކީ އެއްބަސްވުމުގައި ބަޔާންކުރާ އަދަދަށްވުރެ ބޮޑު އަދަދެއް ކަމަށް ބުނެ، މެނޭޖްމަންޓްފީއާ ގުޅޭގޮތުން މި ދެފަރާތުގެ މެދުގައި ޚިލާފު އުފެދުނެވެ.
6"ވަން އެވެނިއު ކޮންޑޮމިނިއަމ މެނޭޖްމަންޓް ކޯޕަރޭޝަން" އިން ދައްކަން އެންގި މެނޭޖްމަންޓް ފީގެ އަދަދު ޢަބްދުﷲ މުސްތާޤު ރަޝާދު އާއި މުނީޒާ ޙަސަން 1 (އެކެއް) މަހު ދެއްކި ކަމާއި އޭގެ ފަހުން އެ ފީ ދައްކާފައި ނުވާކަމާމެދު ދެފަރާތުގެ މެދުގައި ޚިލާފެއް ނެތެވެ.
7އޭގެ ފަހުން ޢަދުލުވެރި އިޖުރާއަތެއް ތަންފީޒުކުރުމެއްނެތި އެއްބަސްވުމާ ޚިލާފަށް ޢަބްދު ﷲ މުސްތާޤު ރަޝާދު އާއި މުނީޒާ ޙަސަންގެ އަސާސީ ޙައްޤުތަކަށް ހުރަސްއެޅޭގޮތަށް "ވަން އެވެނިއު ކޮންޑޮމިނިއަމް މެނޭޖްމަންޓް ކޯޕަރޭޝަން" އިން ޢަމަލުކުރަމުންދާކަމަށް ބުނެ، އެ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށާއި، ޝަރީޢަތުގެ ޚަރަދު ހޯދުމަށް އެދި ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 2024-CVCHD-215 ޤަޟިއްޔާ ޢަބްދުﷲ މުސްތާޤު ރަޝާދު އާއި މުނީޒާ ޙަސަން ހުށަހެޅިއެވެ. އެގޮތުން "ވަން އެވެނިއު ކޮންޑޮމިނިއަމ މެނޭޖްމަންޓް ކޯޕަރޭޝަން" އަކީ ޤާނނީގޮތނު ދައުވާކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ހައިސިއްޔަތު އޮތް ފަރާތެއް ނޫން ކަމަށާއި، ދައުވާކުރާ ފަރާތާ މެދު ފިޔަވަޅު އަޅާފައިވަނީ އެއްބަސްވުމުގައި ބަޔާންކުރާ ތަރުތީބާވެސ ޚިލާފަށް ކަމަށާއި، ތަނަށް ވަދެ ނިކުމެ އުޅުމަށް ހުރަސްއެޅޭ ގޮތަށް އެކްސެސް ކާޑުތައް ބްލޮކް ކޮށްފައިވާ ކަމަށް ދައުވާކުރާ ޢަބްދުﷲ މުސްތާޤު ރަޝާދު އާއި މުނީޒާ ޙަސަނގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދައުވާގެ ތަފްސީލުގައި ފާހަގަކޮށްފައިވެއެވެ.
8އެ މައުޟ ޢީ މައްސަލައިގައި ޝަރީޢަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން، ވަން އެވެނިއު ގެ ހިންގާ ގަވާއިދުގެ 39 ވަނަ މާއްދާގެ ދަށުން ކަމަށް ބަޔާންކޮށް އަޅަމުންދާ އެ ފިޔަވަޅުތައް ވަގުތީގޮތުން ހުއްޓާލުމުގެ ވަގުތީ އަމުރަކަށް ދައުވާކުރާ ފަރާތުން ސިވިލް ކޯޓުގައި އެދުނެވެ. އެގޮތުން އެލެވޭޓަރ ބޭނުންކުރުމާއި، ޔުނިޓުގައި ހަރުކުރެވިފައިވާ މައިދޮރު ހުޅުވުމުގެ ނިޒާމަށް ހުރަސްނޭޅުމށަ އ، ދައުވާކުރާ ފަރާތަށް ދ ކޮށްފައިވާ އެކްސެސް ކާޑުތަކަށް ހުއްދަ ދ ކުރުމަށް އަމުރުކޮށްދިނުމަށް އެދިފައިވެއެވެ. އަދި ނަން ހާމަކުރުމާއި ފަޟީހަތްކުރުމުގެ އުސލުނ އެއްވެސް ލިޔުމެއް ޝާއިއު ނުކުރުމަށް އަމުރުކޮށްދިނުމަށް އެދިފައިވެއެވެ.
ވަގުތީ އަމުރު
9ޢަބްދު ﷲ މުސްތާޤު ރަޝާދު އާއި މުނީޒާ ޙަސަންގެ މި ހުށަހެޅުމާ ގުޅިގެން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެދީފައިވެއެވެ. އެ އަމުރުގައި ވަނީ އަންނަނިވި ފަދައިންނެވެ. "ސިވިލ ކޯޓުގް ނަންބަރު 215/CVCHD/2024 މައްސަލާގައި މައުޟ ޢީ ގޮތުން ގޮތެއް ނިންމުމާ ހަމައަށް ނުވަތަ ޝަރީޢަތުން އެހެންގޮތަކަށް އަންގަންދެން އަމުރަށް އެދި ހުށަހެޅި ޢަބްދުﷲ މުސްތާޤު ރަޝާދުއާއި މުނީޒާ ޙަސަންގެ ދަރިންނާއި، އެފަރާތުން ބޭނުން ކޮންމެ ފަރާތަކަށް ވަން އެވެނިއު ކޮންޑޮމިނިއަމްގެ ޔުނިޓް S902 އަށް ވަނުމަށްޓަކައ ބޭނުންކުރި ހުރިހާ އެލެވޭޓަރ (ލިފްޓް) ބޭނުންކުރުމުގެ ހުއްދަ (access elevator) ވަގުތުން ދިނުމަށާއި، އަމުރަށް އެދޭ ފަރާތްތަކަށް ދ ކޮށްފައިވާ އެންމެހާ އެކްސެސް ކާޑުތަކަށް ހުއްދަ ދ ކޮށް އެ ޔުނިޓުގައި ހަރުކުރެވިފައިވާ އިމާރާތުގެ މައިދޮރު ހުޅުވުމުގެ ނިޒާމު (system intercom / bell door) ގެ ޚިދުމަތްތަކަށް ހުރަސްއެޅޭގޮތަށް އެއްވެސް ޢަމަލެއް . ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު B11/VA/2024/01-144 ވަގުތީ އަމުރު ނުހިންގުމަށާއި، ވަން އެވެނިއު ކޮންޑޮމިނިއަމްގެ އާންމު ސަރަހަށްދުތަށ އަމުރަށް އެދް ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާއާއ އަދި ޒިޔާރަތްކުރާ މީހުން ބޭނުންކުރުމަށް ދަތިވާފަދައިނ ނުވަތް ހުރަސްއެޅުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް "ވަން އެވެނިއ މެނޭޖްމަންޓު ކޯޕަރޭޝަން" ގެ ގޮތުގައި ހަރަކާތްތެރިވާ ޖަމާޢަތަށާއި، ވަން އެވެނިއ މެނޭޖްމަންޓު ކޮންޑޮމިނިއަމ ކޯޕަރޭޓިވް ސޮސައިޓީ އާއި، އަޙްމަދު ޙަނީފްއާއި، މުޙައްމަދު މިރުޝާދު އާއި، ޢާއިޝަތު ޒީބާ ސަޢީދު އާއި، ރަޙްމަތުﷲ ޢަބްދުލް ފައްތާޙް އަދި ކަމާބެހޭ އެންމެހާ ފަރާތްތަކަށް އަންގައި އަމުރުކޮށްފީމެވެ."
10ސިވިލް ކޯޓުގެ އެ ވަގުތީ އަމުރާމެދު ހިތްހަމަނުޖެހިގެން އެ އަމުރު ރައްދުވި ވަން އެވެނިއު ކޮންޑޮމިނިއަމ ކޯޕަރޭޓިވް ސޮސައިޓީ އާއި އަޙްމަދު ޙަނީފް އާއި މުޙައްމަދު މިރޞުދު އާއި ޢާއިޝަތު ޒީބާ ސަޢީދު އާއި ރަޙްމަތﷲ ޢަބްދުލްފައްތާޙް އާ މި 5 (ފަހެއް) ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ އަމުރު އިސްތިއުނާފު ކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެވެ.
އިސްތިއުނާފީ ނުކުތާތައް
11ސިވިލް ކޯޓުގެ ނަންބަރު B11/VA/2024/01-144 ވަގުތީ އަމުރު އިސްތިއުނާފުކުރަމުން އިސްތިއުނާފުކުރާ ފަރާތްތަކުން އަންނަނިވި 06 (ހައެއް) ނުކުތާ ހުށަހަޅާފައި ވެއެވެ. • ފުރަތަމަ ނުކުތާ އަކީ: ވަގުތީ އަމުރަކީ އިކުއިޓަބަލް ރެމެޑީއެއް ކަމުގައިވާއިރު، އަދި އިކުއިޓީގެ ހަމަތަކުން ފަރުވާ ލިބުމަށް އެދި ހުށަހަޅާ ފަރާތަކީ ސާފު އަތަކާއެކީ ހުންނަ ފަރާތަކަށް doctrine) hand (clean ވާންޖެހޭނެކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/47 ޤަޟިއްޔާގައި ކަނޑައަޅާފައިވާއިރު، މި މައްސަލައިގައި ދަޢުވާކުރާ ފަރާތުން ކޯޓަށް އައިސްފައިވަނީ ސާފު އަތަކައިގެން ނ ންކަމުގައ އިސްތިއުނާފުކުރި ފަރާތްތަކުން ސިވިލް ކޯޓުގައި ފާހަގަކުރި ނުކުތާއަށް ޝަރީޢަތުން އެއްވެސް މިންވަރަކަށް ރިޢާޔަތްކޮށްފައި ނުވުމާއި، ސިވިލް ކޯޓުން ވަގުތީ އަމުރު ނެރެދީފައިވަނީ އިސްވެ ބަޔާންކުރެވުނު (clean hand doctrine) ގެ އުޞ ލާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ދެވަނަ ނުކުތާ އަކީ: ސިވިލް ކޯޓަށް ހުށަހަޅާފައިވާ މުޅި ދަޢުވާ ބިނާވަނީ އިމާރާތުގެ މެއިންޓެނެސް ފީ އާއި ގުޅޭގޮތުން ކަމުގައިވާއިރު، މިފީ ހިސާބުކުރެވުނު ގޮތާއި މިންވަރާއި ފީ ނުދައްކައިފިނަމަ އެޅޭނެ ފިޔަވަޅުތައް 2023 ފެބްރުވަރީ 28 ގައި އަމުރަށް އެދުނު ފަރާތަށް އަންގާފައިވާއިރު، ވަގުތީ އަމުރަށް އެދިފައިވަނީ އޭގެ އެއްހަރައްވުރެ ގިނަ ދުވަސްފަހުން ކަމުގައިވާއިރު، މި ޙާލަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޒުލްފީނ ރަޝީދާ ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (2022/HC-A/65) ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ފަދައިން މައުޟ ޢީ ޙައްޤު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުނުވާކަމަށް ކަނޑައެޅޭނެ ސަބަބެއް ކަމުގައިވާއިރު، މިކަން ސިވިލް ކޯޓުގައި ފާހަގަކޮށްފައި ވީނަމަވެސް ސިވިލް ކޯޓުން މައުޟ ޢީ ޙައްޤު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވެފައިވާކަމަށް ނިންމުމުގައި މިކަމަށް އެއްވެސް މިންވަރަކަށް ރިޢާޔަތްކޮށްފައިނުވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ތިންވަނަ ނުކުތާ އަކީ: ޢިމާރާތުގެ މެއިންޓެނެންސް ފީ ނުދައްކައިގެން އަޅާ ފިޔަވަޅުތަކަކީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކެއް ކަމުގައިވާއިރު މި ފިޔަވަޅުތަކަކީ އެޅޭނެ ފިޔަވަޅުތަކެއްކަމުގައި ޚުދު އިސްތިއުނާފު ރައްދުވާ ފަރާތުންވެސް ޤަބ ލުކުރާއިރު، މިފަދައިން އެއްބަސްވުމުގެ ދަށުން ފިޔަވަޅު އަޅާ ޙާލަތުގައި ޤާނޫނުއަސާސީގެ 23 ވަނަ މާއްދާއާއި 24 ވަނަ މާއްދާ ތަޠްބީޤު ނުކުރެވޭނެކަމާއި، އަދި މި ދެ މާއްދާއިން ލިބިދޭ އެއްވެސް ހައްޤެއް މި މައްސަލައިގައި ހިފަހައްޓާފައިނުވާއިރު، މި މައްސަލައިގެ ވަގުތީ އަމުރު ނިންމުމުގައި މި ދެ މާއްދާ ސިވިލް ކޯޓުން ތަޠްބީޤުކޮށްފައިވަނީ ގޯސްކޮށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ހަތަރު ވަނަ ނުކުތާ އަކީ: މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަށް ދ ކޮށްފައިވާ 8 ކާޑުގެ ތެރެއިން އެއްވެސް ކާޑަކަށ އެކްސެސް ނުލިބޭކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުން 20 އޮގަސްޓް 2021 ގައި ހުށަހަޅާފައިވާ ވީޑިއޯ ފުޓޭޖަކަށް ކަމުގައިވާއިރު، މިއީ އިސްތިއުނާފުކުރާ ފަރާތާ ޙިއްޞާކޮށްފައިނުވާ އަދި އެއަށް ޖަވާބުދާރީވުމުގެ ފުރުޞަތު އަދި ބަހެއް ބުނުމުގެ ފުރުޞަތު ލިބިފައިނުވާ ވީޑިއޯ ފުޓޭޖެއް ކަމުގައިވާއިރު، މިފަދައިނު ސިވިލް ކޯޓުން ނިންމާފައިވަނީ ޝަރީޢަތްކުރުމާބެހޭ ޤާނޫނީ މަބްދައެއް ކަމުގައިވާ trial right to a fair އަދި audi alteram partem ގެ އުޞޫލާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ފަސް ވަނަ ނުކުތާ އަކީ: މި މައްސަލައިގައި އިސްތިއުނާފު ރއްދުވަ ފަރާތަށް ވަގުތީ އަމުރު ނުނެރެފިނަމަ އިޢާދަނުކުރެވޭފަދަ ގެއްލުމެއް ލިބިދާނެކަމުގައި ޝަރީޢަތުން ރިޢާޔަތްކޮށް އެގޮތަށް ނިންމާފައިވަނީ އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް ނެތްއިރު ކަމުގައިވާތީ އެ ނިންމުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ހަވަނަ ނުކުތާ އަކީ: އިސްތިއުނާފުކުރާ ފަރާތްތަކުން ސިވިލް ކޯޓުގައި ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓް ތަޠްބީޤުކޮށް ވަގުތީ އަމުރު ނެރެދީފިނަމަ ލިބޭނެ ގެއްލުމަކީ އިޢާދަނުކުރެވޭނެ ގެއްލުމެއް ކަމުގައި ބުނެ ފާހަގަކުރި ނުކުތާއަށް ޝަރީޢަތުން އެއްވެސް މިންވަރަކަށް ރިޢާޔަތްކޮށްފައިނުވ މާއި، މިފަދައިން ވަގުތީ އަމުރު ނެރެދީފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/101 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞ ލާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
އިސްތިއުނާފުކުރާ ފަރާތްތަކުން އެދޭގޮތް
12އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ދަށުކޯޓުގެ ވަގުތީ އަމުރު ބާޠިލްކޮށްދިނުމަށާއި އިސްތިއުނާފީ ޚަރަދުގެ -50,000/ރ. (ފަންސާސްހާސް ރުފިޔާ) ނަގައިދިނުމަށެވެ.
އިސްތިއުނާފުރައްދުވާ ފަރާތްތަކުން އެދޭގޮތް
13އިސްތިއުނާފުރައްދުވާ ފަރާތްތަކުން އެދިފައިވަނީ ދަށުކޯޓުގެ ވަގުތީ އަމުރު ދަމަހައްޓައިދިނުމަށާއި އިސްތިއުނާފީ ޚަރަދު ހޯދުމަށް ދައުވާކުރުމުގެ ހައްޤު އޮތް ކަމަށް ކަނޑައަޅައިދިނުމަށެވެ.
ދެފަރާތުގެ ވާހަކަ އަދި ޝަރީޢަތުން ރިޢާޔަތްކުރިގޮތް
14އިސްތިއުނާފީ ފުރަތަމަ ނުކުތާ
1.14. މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވަނީ ވަގުތީ އަމުރަކީ އިކުއިޓީގެ ފަރުވާއެއް ކަމަށް ވާއިރު، އެ ފަރުވާ ހޯދުމަށް އަންނަންޖެހޭނީ ސާފު އަތަކއިގެނަ ކަމަށެވެ. ނަމަވެސް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ދަށުކޯޓުގައި ވަގުތީ އަމުރަށް އެދުނުއިރު، މެއިންޓެނެންސްފީގ ގޮތުގައެ ދައްކަންޖެހި ކަމަށް އެއްބަސްވުމުގައި ބަޔާންކުރާ، އެފަރާތަށް އެއްބަސްވެވޭކަމަށ ބުން އަދަދުވެސް ދައްކާފައިނުވާކަމަށެވެ. ފައިސާ ދައްކާފައިވަނީ އެންމެ މަހެއްގައި ކަމަށެވެ. އެހެންކަމުން ވަގުތީ އަމުރު ނެރެދީފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ.
2.14. މި ނުކުތާގެ ޖަވާބުގައި އިސްތިއުނާފުރައްދުވާ ފަރާތްތަކުން ބުނެފައިވަނީ މިއީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ނުކުތާއެއް ނ ން ކަމަށެވެ. އެގޮތުން މިނުކުތާގައި އެކަށީގެންވާ ޤާނ ނ ބަހުސެއް ހުށަހަޅާފައިނުވާކަމަށެވެ. މައުޟޫޢީގޮތުން މި ނުކުތާއަށް ރައްދު ދޭން ބަލާނަމަ، އިސްތިއުނާފުކުރާ ފަރާތުންވެސް ޝަރީޢަތުގައި ކަންކަން ފާހަގަކޮށްފައިވަނީ ސާފު އަތަކައިގެން ނޫން ކަމަށެވެ. އެގޮތުން ކަމާގުޅޭ ޤާނޫނާއި ގަވާއިދުގެ ދަށުން ރަޖިސްޓްރީވެފައި ނެތް ކަމަށާއި، އިސްތިއުނާފުކުރާ ފަރާތަކީ އިސްތިއުނާފުރައްދުވާ ފަރާތާމެދު ފިޔަވަޅު އެޅުމުގެ ޤާނޫނީ ހައިސިއްޔތަ ލިބިގެންވާ ފަރާތެއް ނޫން ކަމަށެވެ. ހަމައެންމެ، އިސްތިއުނާފުރައްދުވާ ފަރާތުން ވަގުތީ އަމުރަކަށް އެދިފައިވަނީ ސާފު އަތަކައިގެންތޯ ނޫންތޯ ހަޤީޤަތުގައި ކަނޑައެޅޭނީވެސް މައުޟޢީގޮތުނ މައްސަލް ބަލައިގެން
3.14. މި ނުކުތާއަށް ޝަރީޢަތުން ރިޢާޔަތްކުރިއިރު، ދަށުކޯޓަށް ހުށަހެޅިފައިވާ މައިގަނޑު ދައުވާގައި ހުށަހެޅިފައިވާ ކަންކަމުގެ ތެރޭގައި އިސްތިއުނާފުރައްދުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި، ވަން އެވެނިއު ކޮންޑޮމިނިއަމ ކޯޕަރޭޓިވް ސޮސައިޓީ އަށް ލިބިގެންވާ ޤާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފައްދާފައިވާކަން އެނގެއެވެ. ހަމައެހެންމެ މެއިންޓެނެންސްފީގެ ގޮތުގައި ދައްކަން އަންގާފައިވާ ފައިސާއާމެދުވެސް މިދެފަރާތުގެ މެދުގައި ޚުސމަތު އޮތްކަން އެނގެއެވެ. ވުމާއެކު އިސްތިއުނާފުރައްދުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި، ވަން އެވެނިއު ކޮންޑޮމިނިއަމ ކޯޕަރޭޓިވް ސޮސައިޓީ އަށް ލިބިގެންވާ ޤާނޫނީ ހައިސިއްޔަތާއި، ޚުސމާތ އޮތު ކަންކަމުގައި ގޮތެއް ކަނޑައެޅިގެންދާނީ މައުޟޫޢީ ދައުވާގެ ތެރެއިންނެވެ. އެހެންކަމުން މެއިންޓެނެންސް ފީ ނުދައްކާ، ތަނަށް ވަދެ ނުކުމެ އުޅުމާގުޅޭގޮތުން އެޅުނު ފިޔަވަޅުތަކާ ގުޅޭގޮތުން، ވަގުތީ އަމުރަށް ނޭދެވޭނެކަމަށ ބުން ހުށަހަޅާ މި ނުކުތާއަކީ މިހިނދުގައި މި އިސްތިއުނާފީ ކޯޓުން އެ މައްޗަށް ގޮތެއް ކަނޑައެޅިދާނެ ނުކުތާއެއް ކަމުގައި ނުދެކެމެވެ.
15HN1އިސްތިއުނާފީ ދެވަނަ ނުކުތާ
1.15. މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޒުލްފީނާ ރަޝީދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (2022/HC-A/65) ޤަޟިއްޔާގައި ވަގުތީ އަމުރަށް އެދުން ލަސްވުމަކީ މައުޟ ޢި ހައްޤު ގެއްލިދާނެކަމުގެ ބިރު އޮތުމުގެ ފުރުސަތު ކުޑަވެގެންދާނެ ކަމެއް ކަމަށާއި، އެ ހާލަތުގައި އަމުރު ނެރެން ޖެހުމުގެ އިހުތިމާލު ކުޑަވާނެ ކަމަށް ބަޔާންކުރައްވާފައިވާކަމަށެވެ. ނަމަވެސް މިބެލޭ މައްސަލައިގައި ވަގުތީ އަމުރަށް އެދުމުގައި ލަސްވި ލަސްވުން ދަށުކޯޓުގައި ފާހަގަކުރިނަމަވެސް ދަށުކޯޓުން އެކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށެވެ. އެގޮތުން 1 މަހު މެއިންޓެނެންސް ފީ ދައްކާފައިވާ ކަމަށާއި އޭގެ ފަހުން އެއްވެސް މަހަކު ފައިސާ ދައްކާފައިނުވާކަމަށެވެ. އަދި މިގޮތުގައި އެތަކެއް ދުވަހެއް ވޭތުވެ އަހަރުދުވަސް ފާއިތުވެފައިވާއިރު، ޙިމާޔަތްލިބެންޖެހޭ ފާޅުކަންބޮޑު މައުޟޫޢީ ޙައްޤެއް މިހާރު ނެތް ކަމަށެވެ.
2.15. މި ނުކުތާގެ ޖަވާބުގައި އިސްތިއުނާފުރައްދުވާ ފަރާތްތަކުން ބުނެފައިވަނީ މިއީވެސް ޤާނޫނީ ބަހުސެއް ނެތް ނުކުތާއެއް ކަމަށާއި އެކަން އިޖުރާއީގޮތުން ފާހަގަކުރާ ކަމަށެވެ. މައުޟ ޢީ ރައްދެއް ދޭން ބަލާނަމަ، މި ނުކުތާގައި ފާހަގަކުރާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޒުލްފީނ ރަޝީދާ ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (2022/HC-A/65) ޤަޟިއްޔާ އާއި މިހާރު މި ބެލޭ މައްސަލައިގެ ވާގިއާ ތަފާތުކަމަށްޓަކައި އެ ޤަޟިއްޔާގައި ކަނޑައެޅިގެން ދިޔަ އުސ ލެއް މި މައްސަލައަށް ތަޠުބީޤު ނުކުރެވޭނެ ކަމަށެވެ. އެގޮތުން މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ތަބާވުމުގައި އޮތީ އެއްކަހަލަ މައްސަލަތަކަށް އެއް އުސޫލުތަކެއް ތަޠުބީޤުކުރުންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2021/SC-A/28 ޤަޟިއްޔާއިންވެސް އެނގޭ ކަމަށެވެ.
3.15. މި ނުކުތާއަށް ޝަރީޢަތުން ރިޢާޔަތްކުރިއިރު، މެއިންޓެނެނސްފް އާމެދު ދެފަރާތުގެ މެދުގައި އުފެދިފައިވާ ޚުސމަތ ގުޅިގެނާ ދަށުކޯޓުގައި މައުޟ ޢީ ދައުވާ ހުށަހެޅި ހިނގަމުންދެއެވެ. ހަމައެހެންމެ މި މައްސަލައިގައި އިސްތިއުނާފުކުރެވުނު ވަގުތީ އަމުރށަ ބަލާއިރު، އެ އަމުރު ނެރެފައިވަނީ އިސްތިއުނާފުރައްދުވާ ފަރާތްތަކުން ދިރިއުޅެމުންދާ ޔުނިޓަށް ވަދެނިކުމެ އުޅުމުގެ މިނިވަންކަމާ ގުޅިގެން ވަގުތީ އަމުރަށް އެދި ހުށަހެޅި ނުކުތާގެ މައްޗަށްކަން އެނގެއެވެ. މިކަމަކީ އިސްތިއުނާފުރައްދުވާ ފަރާތްތަކުގެ އިތުރުން ކުޑަކުދިންގެ ޙައްޤުތަކާވެސް ގުޅިފައިވާ ކަމެއް ކަމަށްވާތީ، މިހާލަތުގައި މެއިންޓެނެންސް ފީ އާމެދު ދެފަރާތުގެ މެދުގައި ޚިލާފު އުފެދުނު ހިސާބުން ފެށިގެން ދިގު މުއްދަތެއް ފާއިތުވެފައިވާކަމަށް ބަލާ، ހަމައެކަނި ވަގުތީ އަމުރަށް އެދުން ލަސްވި ސަބަބަށްޓަކައި އަސާސީ ޙައްޤަކަށް ހުރަސްއެޅިދާނެ ފަދައަކުން އޮތް ކަމެއްގައި ކޯޓުތަކަށް ވަގުތީ ފަރުވާ ނުދެވޭނެ ކަމަށް މާނަކުރެވިދާނެ ކަމަށް އަހުރެން ނުދެކެމެވެ. އަދި އެއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޒުލްފީނ ރަޝީދާ ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (2022/HC-A/65) ޤަޟިއްޔާއިން ކަނޑައެޅިފައިވާ ކަމެއްވެސް ނޫނެވެ. އެ ޤަޟިއްޔާގެ ތެރެއިން ކަނޑައެޅިފައިވާ ކަންކަމުގެ މައިގަނޑު ތަސައްވުރެއްވެސް ނޫނެވެ. އަދި ވަގުތީ އަމުރަށް އެދުން ލަސްވުމަކީ ފަރުވާލިބެންޖެހޭ މައުޟ ޢީ ޙައްޤެއް މުޠުލަޤަށް ނެތިގެންދާ ކަމެއް ކަމަށް ދޭހަކުރެވިދާނެ މޭރުމަކުން އެ ޤަޟިއްޔާގައި ކަންކަން ބަޔާންވެގެން ނުވެއެވެ.
16HN2އިސްތިއުނާފީ ތިންވަނަ ނުކުތާ
1.16. މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވަނީ ދަށުކޯޓުން ވަގުތީ އަމުރު ނެރުމުގައި ޤާނޫނުއަސާސީގެ 23 ވަނަ މާއްދާ އާއި 24 ވަނަ މާއްދާ ތަޠުބީޤުކޮށްފައިވާއިރު، މި މައްސަލައިގައި އިސްތިއުނާފުރައްދުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާފައިވަނީ ދެފަރާތުގެ މެދުގައި އޮތް އެއްބަސްވުމުގެ ދަށުން ކަމަށެވެ. އެހެންކަމުން އެކަންކަމަށް އެއްބަސްވެފައިވާތީ މި ހާލަތުގައި ޤާނޫނުއަސާސީގެ 23 ވަނަ މާއްދާ އާއި 24 ވަނަ މާއްދާ ތަޠުބީޤުނުކުރެވޭނެ ކަމަށެވެ.
2.16. މި ނުކުތާގެ ޖަވާބުގައި އިސްތިއުނާފުރައްދުވާ ފަރާތްތަކުން ބުނެފައިވަނީ މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާ ކަންކަމަކީ އެފަދައިން ތަފްސީލުކޮށް ދަށުކޯޓުގައި ފާހަގަކުރި ކަންކަން ނޫން ކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މިހާރު އެކަންކަން ހުށަނޭޅޭނެ ކަމަށެވެ. އެފަދަ އިސްތިސްނާ ހާލަތެއް މި ނުކުތާގައި ނެތް ކަމަށެވެ. އެހެންކަމުން އެކަން އިޖުރާއީގޮތުން ފާހަގަކުރާ ކަމަށެވެ. މައުޟޫޢީ ރައްދެއް ދޭނަމަ، މި ނުކުތާގެ ތަފްސީލުގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ތައުލީމާއި ކަރަންޓް ގުޅާ ކަންކަމުގައި ފިޔަވަޅު އެޅުމަކީ އެއީ ވަކި ޤާނނުތަކަކުނ ހުއްދް ކުރެވިގެން ކުރެވޭ ކަންކަން ކަމަށެވެ. މި މައްސަލައިގައި ތަޠުބީޤުކުރެވޭނީ އެއްމެދު އިމާރާތުގެ ޤާނޫނާއި ގަވާއިދު ކަމަށް ވީއިރު، އެ ޤާނޫނާއި ގަވާއިދުގެ ތަރަހައިން ބޭރުން ފިޔަވަޅު ނޭޅޭނެ ކަމަށެވެ. ހަމައެހެންމެ ފިޔަވަޅު އެޅުމުގައި އެ ފާހަގަކުރާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ތަރުތީބަށްވެސް ރިޢާޔަތްކޮށްފައިނުވާކަމަށެވެ.
3.16. މިނުކުތާއަށް ޝަރީޢަތުން ރިޢާޔަތްކުރިއިރު، އިސްތިއުނާފުރައްދުވާ ފަރާތްތަކާމެދު އިސްތިއުނާފުކުރާ ފަރާތުން ފިޔަވަޅު އަޅާފައިވަނީ އެއްބަސްވުމާ އެއްގޮތަށްތޯ ނުވަތަ ޤާނޫނީ އިމުގެ ތެރެއިންތޯ، މިކަންކަމަކީ ދަށުކޯޓަށް ހުށަހެޅިފައިވާ މައުޟޫޢީ ދައުވާގެ ތެރެއިން ބެލިގެންދާނެ ކަންކަމެވެ. އެހެންކަމުން ވަގުތީ އަމުރު ނެރުމުގައި ޤާނޫނުއަސާސީގެ 23 ވަނަ މާއްދާ އާއި 24 ވަނަ މާއްދާ ދަށުކޯޓުން ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށްތޯ ނޫންތޯ މިކަންކަމަކީ ދަށުކޯޓުގައި ކަމާގުޅޭ މައުޟޫޢީ ދައުވާ ހިނގަމުން ދާހިނދު، މި މަރުހަލާގައި އެ މައްޗަށް ގޮތެއް ކަނޑައެޅޭނެ ކަންކަން ކަމުގައި އަހުރެންނަށް ޤަބލުނުކުރެވެއެވެ. ވަގުތީ ފަރުވާ ދިނުމުގައި ދަށުކޯޓުން ގޮތް ކަނޑައަޅާނީ ހެކިތއަ facie prima މިންގަނޑުން ވަޒަންކޮށްގެން ކަމަށްވާތީ، އެހިނދުގައި ޙައްޤުތައް ރައްކާތެރިކޮށްދިނުމުގެ ގޮތުން ވަގުތީ އަމުރު ނެރުމުގައި، އެ މާއްދާތަކަށް ރިޢާޔަތްކޮށްފައި އޮތުމަކީ ޤާނޫނީ ގޯހެއް ކަމުގައިވެސް އަހުރެން ނުދެކެމެވެ.
17HN3އިސްތިއުނާފީ ހަތަރުވަނަ ނުކުތާ
1.17. މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވަނީ މި މައްސަލައިގައި ވަގުތީ އަމުރު ނެރުމުގައި އެ މައްޗަށް ރިޢާޔަތްކޮށްފައިވާ ވީޑިއޯ ފުޓޭޖަކީ އެއާ މެދު ބަސް ބުނުމަށް އިސްތިއުނާފުކުރާ ފަރާތަށް ފުރުސަތު ލިބުނު ހެއްކެއް ނޫން ކަމަށެވެ. އެގޮތުން 8 އެކްސެސް ކާޑުގެ ތެރެއިން އެއްވެސް ކާޑަކަށް އެކްސެސް ނުލިބޭކަމަށް ފާހަގަކުރަނީ ރަނގަޅަށް ނޫން ކަމަށާއި އެއް ކާޑަށް އެކްސެސް ލިބޭނެ ކަމަށެވެ. ބިލްޑިންގ އަށް އެކްސެސް ވެވޭނެ އެހެން ގޮތްވެސް ހުންނާނެ ކަމަށެވެ. ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރުންގެ ބެންޗުން ކުރި ސުވާލަކަށް ޖަވާބުދެމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ވަގުތީ އަމުރަށް އެދި ހުށަހެޅޭ އެންމެހާ ހެކިތަކާމެދު ޖަވާބުދާރީ ވުމުގެ ފުރުސަތު ދިނުމާއި ނުދިނުމަކީ ފަނޑިޔާރަށް ލިބިގެންވާ އިޚްތިޔާރެއް
2.17. މި ނުކުތާގެ ޖަވާބުގައި އިސްތިއުނާފުރައްދުވާ ފަރާތްތަކުން ބުނެފައިވަނީ މި ނުކުތާގައިވެސް ޤާނޫނީ ބަހުސެއް ނެތް ކަމަށް އިޖުރާއީ ނުކުތާ ހުށަހަޅާ ކަމަށެވެ. މައުޟޫޢީ ގޮތުން މިނުކުތާއަށް ޖަވާބުދޭނަމަ، މި ވަގުތީ އަމުރު ނެރެފައިވަނީ އަމުރަށް އެދުނުތާ 24 ގަޑިއިރު ތެރޭގައި ކަމަށާއި، އަސާސީ ޙައްޤުތަކަކާ ގުޅުންހުރި ކަމަކަށްވުމާއި، ކުޑަކުދިންގެ ޙައްޤު އެކުލެވޭ ކަމެއް ކަމުގައިވާތީ އެފަދައިން އަމުރު ނެރެދީފައިވަނީ ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. ދަށުކޯޓަށް ހުށަހެޅުނު ވީޑިއޯއިން ސާފުކޮށް ކަން ހިނގާފައިވާގޮތް ފެންނަން އެބަހުރި ކަމަށެވެ. އެގޮތުން އިސްތިއުނާފުރައްދުވާ ފަރާތްތައް ދިރިއުޅޭ ޔުނޓި ކ 9 ވަނަ ފަންގިފިލާގައި ހުރި ޔުނިޓެއް ކަމަށެވެ. ލިފްޓަށް ނޭރިގެން ސިޑިން އަރަންޖެހުނުކަނ ވެސް ވީޑިއޯ އިން އެނގޭ ކަމަށެވެ. ހަމައެންމެ ވަގުތީ އަމުރު ނެރުމުގައި އެންމެހާ ހެކިތަކާމެދު ޖަވާބުދާރީ ވުމުގެ ފުރުސަތު ދޭންޖެހެނީ ކޮން ޤާނޫނީ ހަމައަކުން ކަން އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިނުވާ ކަމަށެވެ. އެއީ ފަނޑިޔާރަށް ލިބިގެންވާ އިޚްތިޔާރެއް
3.17. މި ނުކުތާއާ މެދު ޝަރީޢަތުން ރިޢާޔަތްކރު އިރު، ވަގުތީ އަމުރު ނެރމާމެދ ގޮތެއު ކަނޑައެޅުމުގައި، އެ އަމުރު ނުނެރެފިނަމަ ލިބިދާނެ ގެއްލުމަށް ރިޢާޔަތްކޮށް، އެ އަމުރު ނެރެދޭންޖެހޭ ހާލަތެއް އޮތްކަމަށް ފެންނަނަމަ، އެފަދަ އަމުރެއް ނެރުމަކީ ފަނޑިޔާރަށް ލިބިދޭ ތަޤްދީރީ ބާރެކެވެ. ބައެއް ހާލަތުގައި، މައްސަލައިގެ ތަބީޢަތަށް ބަލައި، އެންމެހާ ހެކިތަކާމެދު ދެފަރާތުގެ ބަސް އަޑުއަހާ ޝަރީޢަތްތައް ބޭއްވުމަށްފަހު ވަގުތީ އަމުރާމެދު ގޮތް ކަނޑައެޅުމަކީ އެންމެ އިންސާފުވެރިގޮތް ކަމުގައި ނުވެދާނެއެވެ. އަދި އެއީ ވަގުތުން ފަރުވާ ލިބިދޭންޖެހޭ ހާލަތުގައި އިންސާފަށް ހުރަސްއެޅޭ ކަމަކަށް ވެދާނެއެވެ. މި ވަގުތީ އަމުރު ނެރުމުގައި، އެ ވީޑިއޯ އާމެދު ބަސްބުނުމަށް އިސްތިއުނާފުކުރި ފަރާތްތަކަށް ފުރުސަތު ދީފައި ނެތުމުން، އިސްތިއުނާފުކުރާ ފަރާތަށް ބޭއިންސާފެއް ކުރިމަތިވެފައިވާ ގޮތެއް ނުވަތަ ޤާނ ނ ހަމައަކީ ޚިލާފުވެފައިވާ ގޮތެއް މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތްތަކަށް ބުނެދެވިފައި ނުވެއެވެ. އެހެންކަމުން މި ނުކުތާގައި އިތުރަށް ގޮތް ކަނޑައަޅާނެ ތަނެއް ނެތެވެ.
18HN4އިސްތިއުނާފީ ފަސްވަނަ ނުކުތާ
1.18. މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވަނީ ވަގުތީ އަމުރު ނެރެނުދީފިނަމަ އިސްތިއުނާފުރައްދުވާ ފަރާތްތަކަށް އެއްވެސް ގެއްލުމއެ ލިބޭނެކަން ސާބިތުކޮށްދޭ ހެއްކެއް ނެތް ކަމަށެވެ. އެގޮތުން އެއްވެސް ދުވަހަކު ކުޑަކުދިން ސިޑިން އަރަންޖެހުނުކަންވެސް އެނގޭ ހެއްކެއް ނެތް ކަމަށެވެ. އެހެންކަމުން ވަގުތީ އަމުރު ނެރެދީފައިވަނީ ރަނގަޅަށް ނޫންކަމަށެވެ.
2.18. މި ނުކުތާގެ ޖަވާބުގައި އިސްތިއުނާފުރައްދުވާ ފަރާތްތަކުން ބުނެފައިވަނީ މި ނުކުތާގައިވެސް އެކަށީގެން ޤާނޫނީ ބަހުސެއް ހުށަހަޅާފައި ނެތް ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ 2020/HC-A/190 ޤަޟިއްޔާގައި ވަގުތީ އަމުރު ނެރުމާގުޅިގެން ގާއިމްކޮށްފައިވާ އުސލުތަކުގެ ތެރޭގައި ވަގުތީ އަމުރަށް އެދުމުގައި ލިބޭނެކަމަށް ފެންނަ ގެއްލުމަކީ ސާބިތުކޮށްދޭންޖެހޭ ކަމެއް ނ ން ކަމަށާއި، ވަގުތީ އަމުރު ނުނެރެފިނަމަ މައްސަލައިގެ ޙުކުމް ކުރެވޭއިރު ޙުކުމުގެ މަޤްސަދު ނެތިދާނެ ކަމަށް ޝަރީޢަތަށް ޤަބ ލުކުރެވޭ ސަބަބުތަކެއް ހުރިނަމަ ވަގުތީ އަމުރު ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަމަށް ކަނޑައަޅާފައިވާކަމަށެވެ. މި މައްސަލައިގައި އިސްތިއުނާފުރައްދުވާ ފަރާތްތަކުން ދަށުކޯޓަށް ހުށަހެޅި ހެކިތަކުން، އެ ޔުނިޓުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކާއި އެ ފަރާތްތަކުގެ ދަރިން ދިރިއުޅެމުން ދާކަނ އެނގެން އޮންނާނެ ކަމަށާއި މިއީ ޚިލާފެއްނެތް ނުކުތާއެއް ކަމަށެވެ. އެހެންކަމުން ތަނަށް އެކްސެސް ނުލިބުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ރައްކާތެރިކުރުމަށް ވަގުތީ ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. މިހާލަތުގައި ހެއްކާބެހޭ ޤާނޫނުގެ 145 ވަނަ މާއްދާ އަދި 146 ވަނަ މާއްދާއަށް ރިޢާޔަތްކުރަންޖެހޭކަމަށެވެ.
3.18. މި ނުކުތާއަށް ޝަރީޢަތުން ރިޢާޔަތްކުރާއިރު، ވަގުތީ އަމުރު ނެރުމާމެދު ގޮތް ކަނޑައެޅުމުގައި، އެ އަމުރު ނުނެރެފިނަމަ ލިބިދާނެ ގެއްލުން ވަޒަންކުރުމަށްޓަކައި ހުށަހެޅިފައިވާ ހެކިތައް ފަނޑިޔާރަކު ވަޒަންކުރާނީ އެ ހެކިތަކަށް މަތިމަތިން ބަލައިގެންނެވެ. މުޅި މައްސަލައިގެ މައުޟޫޢަށް ފީނައިގެންނެއް ނޫނެވެ. އަމުރު ނެރެފައިވަނީ ތަނށަ ވަދެ ނުކުމެ އުޅުމުގެ ހުއްދަ ނުވަތަ އެކްސެސް ދިނުމުގެ މައްޗަށެވެ. ބަޔަކު އާންމުކޮށް ދިރިއުޅޭ ތަނަށް ވަދެ ނުކުމެ އުޅުމުގައި ހުރަސްތަކެއް ހުރިނަމަ އާންމު ދިރިއުޅުމަށް އަސަރުކޮށް ގެއްލުންތަކެއް ވަމުންދާނ ކަނެ އެއް ކޮންމެހެން އެ މައްޗަށް އިތުރު ހެކި ހުށަހަޅައިގެން، ވަގުތީ އަމުރު ނެރޭ މަރުހަލާގައި ސާބިތުކޮށދޭންޖެހޭ ކަމެއް ކަމުގައި ނުދެކެމެވެ. މައުޟޫޢީ މައްސލ އޮތަ ހިނގީ ހިނގައެވެ. ދެފަރާތުގެ ޚުސމަތު ސާފުވެ ގޮތް ކަނޑައެޅިގެންދާނީ މައުޟޫޢީ ދައުވާގެ ތެރެއިންނެވެ.
19HN5އިސްތިއުނާފީ ހަވަނަ ނުކުތާ
1.19. މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވަނީ ވަގުތީ އަމުރު ނެރުމުގައި ދަށުކޯޓުން ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓް ތަޠުބީޤުކޮށްފައިނުވާކަމަށެވެ. މި ވަގުތީ އަމުރު ނެރުމުން އިއާދަނުކުރެވޭ ގެއްލުމެއް އޮތީ އިސްތިއުނާފުކުރާ ފަރާތަށް ކަމަށެވެ. އެގޮތުން މި އަމުރުގެ ސަބަބުން މިހާރުވެސް މެއިންޓެނެންސް ފީ ދައްކަމުންދާ ފަރާތްތަކުން ފައިސާ ދެއްކުން ހުއްޓި، އިމާރާތުގެ މެއިންޓެނެންސް ނުބެލެހެއްޓުމުގެ ސަބަބުން އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބި، އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް އިއާދަނުކުރެވޭނެ ގެއްލުން ލިބިދާނެ ކަމަށެވެ.
2.19. މި ނުކުތާގެ ޖަވާބުގައި އިސްތިއުނާފުރައްދުވާ ފަރާތްތަކުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފުރައްދުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާފައިވަނީ އެއްބަސްވުމުގައި ބަޔާންވެފައިވާ ތަރުތީބާ ޚިލާފަށް ކަމަށާއި، ފިޔަވަޅު އެޅުމުގެ ޤާނޫނީ ހައިސިއްޔަތެއްވެސް ކަމާބެހޭ ޤާނޫނާއި ގަވާއިދުގެ ދަށުން ނެތް ކަމަށެވެ. ކަމާބެހޭ ގަވާއިދުގެ ދަށުން ހުއްދަކުރާ ގޮތުގެ މަތިން ޢަމަލުކޮށްފައިވޭތޯ ނޫންތޯ ކަނޑައެޅޭނީ މައުޟ ޢީ ދައުވާގެ ތެރެއިން ކަމަށެވެ. އެހެންކަމުން މައުޟ ޢަ ޙައްޤަށް އަސަރުކުރާ ގޮތަކަށް ވަގުތީ އަމުރު ނުނެރެވޭއިރު، ވަގުތީ އަމުރުން އެ މިންވަރަށް ގޮތް ކަނޑައެޅިދާނެކަމަށް ނުދެކޭ ކަމަށެވެ. ވަގުތީ އަމުރުން ހޯދާދެވޭނެ ހައްލަކީ ޚުސ މަތު އުފެދުމުގެ ކުރިން އޮތް ހާލަތު ދެމެހެއްޓުން ކަމަށެވެ. ބެލެންސް އޮފް ކޮންވީނއި ންސ ޓެސްޓް ތަޠުބީޤުކުރެވޭނީ ގެއްލުމެއް ލިބުމުގެ އިހުތިމާލެއް ވާނަމަ ކަމަށާއި، އެކަން ބިނާވަނީ ގެއްލުން ކުރިމަތިކުރުވާ ހައްޤު ވުޖޫދުވުމުގެ މައްޗަށް ކަމަށެވެ. އެހެންކަމުން ޤާނޫނީ ހައިސިއްޔަތު ކަށަވަރު ކުރުމެއްނެތި އެ ޓެސްޓު ތަޠުބީޤުނުކުރެވޭނެ ކަމަށެވެ.
3.19. މި ނުކުތާއަށް ޝަރީޢަތުން ރިޢާޔަތްކުރިއިރު، ވަގުތީ އަމުރު ނެރެފައިވަނީ ތަނަށް ވަދެ ނުކުމެ އުޅުމަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ހުރަސްއެޅުން މަނާކުރުމަށެވެ. ތަނަކީ އެފަރާތްތަކުން ފައިސާ ދައްކާ ގަނެ، އެފަރާތްތަކުން ދިރިއުޅެމުންދާ ތަން ކަމާމެދު ދެފަރާތުގެ މެދުގައި ޚިލާފެއް ނެތެވެ. ޚުސާމަތު އުފެދިފައިވަނީ ތަނުގެ މެއިންޓެނެންސް ފީ އާއި، އެ ފީ ނުދެއްކުމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅާއި، އެ ފިޔަވަޅު އެޅި ފަރާތުގެ ޤާނޫނީ ހައިސިއްޔަތާމެދުގައެވެ. ތަނުގައި ދިރިއުޅުމުގެ ހައިސިއްޔަތާއި ޙައްޤު އޮތް މިންވަރާ މެދުގައެއް ނޫނެވެ. އެއްކޮޅުގައ ތަނުގައި ދިރިއުޅޭ ފަރާތްތަކެވެ. އަނެއް ކޮޅުގައި ތަނުގެ މެއިންޓެނެންސް ބަލަހައްޓާ ފާރަތެވެ. ތަނުގައި ދިރިއުޅުމުގެ ޤާނޫނީ ހައިސިއްޔަތު ލިބިފައިވާ ބަޔަކު، އެތަނަށް ވަދެ ނުކުމެ އުޅުމަށް ހުރަސްނޭޅުމަށް ނެރުނު ވަގުތީ އަމުރުގައި ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓު ލިޔެ ތަޠުބީޤުކުރިނަމަވެސް، މެއިންޓެނެންސ ބަލަހައްޓަމުން ދާ ފަރާތް މި ހާލަތުގައި އިސްވާނެ ގޮތެއް މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައި ނުވެއެވެ. އަދި ދަށުކޯޓުން އެ ޓެސްޓު ލިޔެ ތަޠުބީޤުކޮށްފައިނެތުމުން އިސްތިއުނާފުކުރާ ފަރާތްތަކުގެ ޙައްޤަށް ހުރަސްއެޅޭގޮތެއް ޝަރީޢަތަށް ބުރަވެވޭ މިންވަރަށް މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތްތަކަށް ބުނެދެވިފައި ނުވެއެވެ.
ނިންމަން ފެންނަގޮތް
20އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، މި އިސްތިއުނާފަށް ބިނާކޮށް، ސިވިލް ކޯޓުގެ ނަންބަރު B11/VA/2024/01-144 ވަގުތީ އަމުރު ބާޠިލްކުރަންޖެހޭ ޤާނ ނ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.
ޝަރީޢަތުގެ ޚަރަދާ ގުޅޭ
21މި އިސްތިއުނާފުގައި ދެފަރާތުންވެސް އިސްތިއުނާފީ މަރުހަލާގެ ޝަރީޢަތުގެ ޚަރަދަށް އެދިފައިވެއެވެ. އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން އެފައިސާ ނަގައިދިނުމަށެވެ. އިސްތިއުނާފުރައްދުވާ ފަރާތުން އެދިފައިވަނީ އިސްތިއުނާފީ ޚަރަދު ހޯދުމަށް ދައުވާކުރުމުގެ ހައްޤު އޮތް ކަމަށް ކަނޑައަޅައިދިނުމަށެވެ.
22HN6މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 25 (ފަންސަވީސ) ވަނަ ބާބަކީ ޝަރީޢަތުގެ ޚަރަދު ނަގައިދިނުމާބެހޭ ކަންކަން ބަޔާންކުރާ ބާބެވެ. އެ ބާބުގައި ހިމެނޭ 270 ވަނަ މާއްދގާ (ހ) އަށް ބަލާއިރު، ޝަރީޢަތުގެ ޚަރަދަކީ ދައުވާ ކާމިޔާބުކުރާ ފަރާތަށް ނަގައިދެވޭ ޚަރަދެކެވެ. އެހެންކަމުން މި މައްސަލައިގައި ދައުވާ ކާމިޔާބުކުރާ ފަރާތަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ފަންސަވީސްވަނަ ބާބުގެ ދަށުން އެ ޚަރަދު ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅުމުގެ ޙައްޤު އޮންނާނެއެވެ.
ފަނޑިޔާރު ފާޠިމަތު ފަރްހީޒގާ ރައުޔު؛
23ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔު؛
24ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ. . ޤާނ ނ ނަންބަރު 2021/32
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 25 ވަނަ ބާބު އަދި 270 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާ އަދި 24 ވަނަ މާއްދާ
- ހައިކޯޓުގެ 2022/HC-A/65 (ޒުލްފީނާ ރަޝީދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.