ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް ވ. އަޙްމަދު ސަނީޙް ހަނީފް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ވަޒީފާއާބެހޭ ޓްރައިބިއުނަލް 200-VTR/VA/2025/31
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- އެއް އަހަރުގެ މުއްދަތަށް ނެގި މުވައްޒަފަކު އަދާކުރި މަޤާމަށް ދާއިމީ މީހަކު ނެގުން ހުއްޓުވުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނެރުނު ވަގުތީ އަމުރު، ވަގުތީ އަމުރު ނެރުމުގެ ޝަރުޠުތައް ފުރިހަމަވެގެން ނެރުނު އަމުރެއްތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވަގުތީ އަމުރު ބާޠިލު
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ވަގުތީ އަމުރެއް ނެރުމަށް (1) އެދޭ ފަރާތަށް ޤާނޫނީ ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވުން (fumus boni iuris)، (2) އަމުރު ނުނެރެ އަޞްލު ދަޢުވާ ލަސްވެއްޖެނަމަ ކުރިމަތިވާނެ ނުރައްކަލެއް އޮތުން (periculum in mora)، އަދި (3) އެދޭ ފަރާތަށް އެފަދަ އަމުރަކަށް އެދުމުގެ ޞިފަތު ނުވަތަ ޙައިޘިއްޔަތު ލިބިގެންވުން ފުރިހަމަވާންވާނެއެވެ.
HN2 ކަމެއްގެ ޙާލާމެދު ސުވާލު އުފެދިއްޖެނަމަ، މައުޟޫޢާމެދު ވަގުތީ ގޮތުން ފިޔަވަޅު އަޅަންޖެހޭނީ އެ މައުޟޫޢު އަޞްލު އޮތް ޙާލުގެ މައްޗަށް ބަލައިގެންނެވެ؛ ފަހުން އެހެން ގޮތެއް ކަނޑައަޅަންދެން މާޒީގައި އޮތް ޙާލުގެ މައްޗަށް ކަމެއް ބޭއްވުމަކީ ޢަމަލުކުރާ އުޞޫލެވެ. ވަޒީފާ ހުށަހެޅުމާއި ޤަބޫލުކުރުމުގައި ވަޒީފާއަކީ މުއްދަތު ކަނޑައެޅިފައިވާ ވަޒީފާއެއްނަމަ، ފަހުން ދާއިމީވީކަމުގެ ސުވާލުގައި ވަގުތީ ޙިމާޔަތަށް ފާޅު ޙައްޤެއް ޤާއިމެއް ނުވެއެވެ.
HN3 މުވައްޒަފަކު ވަކި ވަޒީފާއެއް އަދާކުރުމަކީ، އޭނާއަށްޓަކައި އެ ވަޒީފާ ބާއްވަންޖެހޭ ސަބަބެއް ނޫނެވެ.
HN4 ވަގުތީ އަމުރު ނެރުމުގެ ކުރިން އުވިގެން ގޮސްފައިވާ (ވުޖޫދުގައި ނެތް) މަޤާމަކަށް ދާއިމީ މީހަކު ނުނެގުމަށް އަންގައި އެ މަޤާމު ވަގުތީގޮތުން ރައްކާތެރިކޮށްދެވޭނެ ޤާނޫނީ ހަމައެއް ނެތެވެ؛ އެއްފެންވަރުގެ މަޤާމެއް ނުވަތަ މާލީ ބަދަލެއް ދެވެން އޮތްނަމަ ވަގުތީ ފިޔަވަޅެއް ނޭޅުމަށް އިސްކަންދޭންޖެހެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- އެޗް.ޑީ.ސީގެ ލީގަލް ކައުންސެލް
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- އެންޑް މުރާދު ލޯ އެސޯސިއޭޓްސް
- ބެންޗު
- މުޙައްމަދު ނިޔާޒް، ޙުސައިން މަޒީދު، ދީބާނާޒް ފަހުމީ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒް
- ޚިލާފު ރައުޔު
- ނެތް
- ވަކި ރައުޔު
- ދީބާނާޒް ފަހުމީ
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު،
މައްސަލައިގެ ތަޢާރަފު:
1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 120/VTR/2015 ޤަޟިއްޔާގެ ތެރެއިން، އެޓްރައިބިއުނަލުން ނެރެފައިވާ ނަންބަރު:VTR/VA/2025/31-200 (15 ޖޫން 2025) ވަގުތީ އަމުރު ނެރެފައިވަނީ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށްބުނެ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (މީގެފަހުން "އެޗް.ޑީ.ސީ" ނުވަތަ "އިސްތިއުނާފުކުރާ")ގެ ފަރާތުން އެއަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައ އިސްތިއުނާފު ފަރާތަކީ ހުޅުމާލެ ފްލެޓް ނަންބަރު 04-10-98 / އަޙްމަދު ސަނީޙް ޙަނީފް (މީގެ ފަހުން "ސަނީޙް" ނުވަތަ "އިސްތިއުނާފު ރައްދުވާ") އެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތް:
2ސަނީޙްއަކީ، 14 އޭޕްރީލް 2024 ގައި އެޗް.ޑީ.ސީގެ ވަޒީފާއަށް ނެގި މުވައްޒަފެކެވެ. އޭނާ ނެގީ ރިއަލް އެސްޓޭޓް މެނޭޖްމަންޑް ޑިޕާޓްމަންޓްގެ ޑިރެކްޓަރެއްގެ މަޤާމަށެވެ. 25 ސެޕްޓެންބަރު 2024 އިން ފެށިގެން، ޗީފް ރިއަލ އެސްޓޭޓް އޮފިސަރުގެ މަޤާމަށް ސަނީޙ ބަދަލް ކުރެވުނެވެ.
3ޗީފް ރިއަލ އެސްޓޭޓް އޮފިސަރުގެ މަޤާމުގައި ހުއްޓައި، 27 ފެބުރވު ރ 2025 ގައި ސަނީޙް މަޤާމުން 6 5 ވަކިކުރެވުނެވެ. ވަޒިފާއިނ ވަކިކުރިކަމަށް ބަޔާންކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނު ގެ 23 ވަނަ މާއްދާގެ
(ހ) ގެ ދަށުންކަމަށެވެ. ސަނީޙ ވަޒީފާއިން ވަކިކުރީ އެޗް.ޑީ.ސީގެ އުސޫލުތަކާއި ޚިލާފަށް، ހުޅުމާލެ ފޭސީ1 ރަޖިސްޓްރޭޝަން ނަންބަރު:0793/2008-C އައި.ޑީ.ކާރޑް ނަންބަރު: އެމްލޮއިމަންޓ އެގްރީމަންޓް ނަންބަރު: C(P)/2024/271-HDC އެމްލޮއިމަންޓ އެގްރީމަންޓް ނަންބަރު: 570/CH/2024-HDC ވަޒީފާއިން ވަކިކުރި ޗިޓް ނަންބަރު:52/TB/2025-HDC ޤާނޫނު ނަންބަރު: 2/2008 ގައި އޮތް ވޯޓަރ ތީމް ޕާކް ސަރަޙައްދުގައި ހުރި ތަކެތި އެހެން ފަރާތްތަކަށް ނެގުމުގެ ހުއްދަދީ، އެފަރާތްތަކުން އެތާނގައިހުރ ތަކެތި އެއްވެސް އަގަކާއ ނުލައި ގެންގޮސްފައިވާތީ، އަދި އެކަން ކޮށްފައިވަނީ ސީދާ ސަނީޙު ހުއްދަ ދީގެންކަމަށްވާތީ އާއި މި ހުއްދަ ދީފައިވަނީ އެޗް.ޑީ.ސީ ގެ ޕޮލިސީތަކާއި ޚިލަފަށް ކަމަށްވާތީ، ދެފަރާތުގެ ދެމެދު އޮތް އިތުބާރާއި ޔަޤީންކަން އިޢާދަ ނުކުރެވޭ މިންވަރަށް ގެއްލިފައިވާތީކަމަށް އެޗް.ޑީ.ސީން ބަޔާންކުރެއެވެ.
4ސަނީޙ ވަޒީފާއިން ވަކިކުރުމުން، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤަވާޢިދާ ޚިލާފަށްކަމަށާއި އެހެންވެ އޭނާ އަދާކުރަމުނދިޔް ވަޒީފާ އަނބުރާ އިޢާދަކޮށްދިނުމަށާއި ވަޒީފާއިން ވަކިކޮށްފައިވާ މުއްދަތުގެ މުސާރައާއި އެހެނިހެން ޢިނާޔަތްތަކާއި އެ މުއްދަތުގެ ވަޒީފާގެ ކުރިއެރުމާއި ޕެންޝަންގ ގޮތުގައެ ލިބެންޖެހި ފައިސާ ޕެންޝަން އޮފީހަށް ޖަމާކުރުމަށާއ ޤާނޫނި ގޮތުން ކ ރަންޖެހުނު މަސައްކަތުގެ ޚަރަދު ހޯދުމަށް އެދި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ. އެމައްސަލަ އެޓްރައިބިއުނަލުން ބަލަމުންދަނީ ނަންބަރު: 120/VTR/2025 މައްސަލައިގެ ގޮތުގައެވެ.
5މި މައްސަލަ ހުށަހެޅުމާއެކު، ސަނީޙް އަދާކުރަމުންދިޔަ ވަޒީފާއަށް ދާއިމީ މުވައްޒަފަކު ނެގުން ހުއްޓުވައިދިނުމަށ ސަބަބް ބަޔާންކޮށް ވަގުތީ އަމުރަކަށް އެދިފައިވައިވެއެވެ.
6ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެވަގުތީ އަމުރާމެދު ބަލައި ވިސްނުމަށްފަހު، ނިންމާފައިވަނީ ސަނޙީ އަދާކުރަމުންދިޔަ ވަޒީފާއަށް މުވައްޒަފުން ނެގުން ވަގުތީ ގޮތުން ހުއްޓުވާފައި ބާއްވަންޖެހޭ ކަމަށެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ގޮތް: ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވަގުތީ އަމުރަށް އެދި ސަނީޙްގެ ފަރާތުން ހުށަހެޅި ކަންކަމުގެ ރައްދުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅި ބަޔާނުގެ 5 ވަނަ ނުކުތާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ހުށަހަޅާ ފޯމް
7ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިދެންނެވި ވަގުތީ އަމުރާމެދު ނިންމާފައިވަނީ؛ "އިސްވެބަޔާންކުރެވުނ ކަންކަނު އެގޮތުގެ މަތިން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 120/VTR/2025 މައްސަލައިގެ މައުޟޫއުގައި ވަކިގޮތެއް ކަނޑައަޅަންދެން ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަކި ގޮތެއް އަންގަންދެން، އަޙްމަދު ސަނީޙ ޙަނީފް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގައި އަދާކުރަމުން ގެންދިޔަ ޗީފް ރިއަލ އެސްޓޭޓް އޮފިސަރެއްގެ މަޤާމަށް ދާއިމީ މުވައްޒަފަކު ޢައްޔަން ނުކުރުމަށާއި، އެ މަޤާމަށް ދާއިމީ ގޮތެއްގައި އިތުރު މީހަކު ނެގުމަށް އެއްވެސް މަސައްކަތެއް ކުރަމުންދާނަމަ، އެކަން ވަގުތުން ހުއްޓާލުމަށް މިމައްސަލަ ރައްދުވާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޑެޓްގެ މައްޗަށް އަންގައި އަމުރުކުރަމެވެ." މިފަދައިންނެވެ.
8މިގޮތަށް މިއަމުރު ނެރުމާއި ގުޅިގެން، އެޗް.ޑީ.ސީގެ ފަރާތުން، އަމުރު އިސްތިއުނާފުކޮށް އެއް ނުކުތާ މިކޯޓަށް ހުށަހަޅާފައިވެއެވެ. އިސްތިއުނާފީ ނުކުތާ:
9ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:VTR/VA/2025/31-200 (15 ޖޫން 2025) ވަގުތީ އަމުރު ނެރެފައިވަނީ ޤާނޫނީ ހަމަތަކާ ޙިލާފަށްކަމަށްބުނެ، އެ އަމުރު އިސްތިއުނާފުކުރުމަށް އެދި އެޗް.ޑީ.ސީގެ ފަރާތުން ހުށަހަޅާފައިވަނީ 01 (އެކެއް) ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާއަކީ؛
1.9.ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނަންބަރު:2012/SC-A/21 ޤަޟިއްޔާގައި ވަގުތީ އަމުރު ނެރުމުގައި އިސްތިޤްރާރުވެފައިވާ ޤާނޫނީ އުޞޫލުތަށް ކަމުގައިވާ (1) މައުޟޫޢު ހައްގެއް "ފާޅުކަން ބޮޑު" ގޮތެއގައް އޮތްކަމާއި، (2) މައުޟޫޢު ދައުވާ ލަސްވެގެން ގޮސްފިނަމަ އިއާދަ ނުކުރެވޭ ގެއްލުމަކާއި ކުރިމަތިލާން ޖެހިދާނެކަމާއި، (3) ވަގުތީ އަމުރަށް އެދުމުގެ ސިފަތު، އިސްތިއުނާފު ރައްދުވާ ފަރާތުގެ ކިބައިގައި އޮތްކަން އެފަރާތުން ދައްކުވައިދީފައި ނުވާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވާ ފަދަ ވަގުތީ އަމުރެއް ނެރެދީފައިވަނީ މިއުސޫލުތަކާއި، މިއުސޫލުތަށް ތަފްސީލުކޮށްދީފައިވާ ހައިކޯޓުގެ ނަންބަރު 2021/HC-A/310 މައްސަލައާއި، 2021/HC-A/277 މައްސަލައާއި، 2024/HC-A/14 މައްސަލައާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/21 މައްސަލައާއި، 2020/SC-A/101 މައްސަލާގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ހިލާފަށް އަދި، ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގައި ނުހިމެނޭކަމެއް އެމާއްދާއަށް އިތުރުކޮށް، މާނަކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާއާ ޚިލާފަށް ވަގުތީ އަމުރު ނެރެދީފައިވުން، ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް:
10އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާ ތަފްޞީލްކޮށް އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާއާއި ގުޅިގެން ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްސީލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޚުލާސާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛
1.10. އިސްތިއުނާފީ ނުކުތާ ތަފްސީލްކުރަމުން ބުނެފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުން ހިމާޔަތްކުރުމަށް ބޭނުންވާ ޤާނޫނީ މަރުކަޒަކީ ކޮބައިކަން އެއްވެސް މިންވަރަކަށް ބުނެ ދީފައިނުވާކަމަށެވެ. އަދި ޓްރައިބިއުނަލްގައި އިސްތިއުނާފު ރައްދުވާ ފަރާތުން އެދުނު ވަގުތީ އަމުރަށް ރައްދު ދިނުމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ އެއްވެސް ކަމަކަށް ރިޢާޔަތްކޮށްފައިނުވާކަމަށެވެ. މިގޮތުން ވަގުތީ އަމުރު ނެރުމުގައި ޕްރައިމާ ފޭސީ މިންގަނޑުން ވާޤިޢާތަށް ވަޒަންކުރާއިރު، އިސްތިއުނާފު ރައްދުވާ ފަރާތަށް މައުޟޫޢީ ގޮތުން ހިމާޔަތްލިބެންޖެހޭ ޤާނޫނީ ޙައްޤެއް ފާޅުކަން ބޮޑު ގޮތެއްގައި އެނގެން ނެތަތީ ވަގުތީ އަމުރުގެ ނެރުމުގައި ފުރިހަމަވާންޖެހޭ ފުރަތަމަ ޝަރުތު ފުރިހަމަނުވާކަމަށެވެ.
2.10. މިގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުން އެޗް.ޑީ.ސީގައި އަދާކުރަމުންދިޔައީ ހިންގުމުގެ އިސް މަޤާމެއްކަމަށާއި، އަދި ވަޒީފާގެ އެއްބަސްވުމަކީ ދާއިމީ އެއްބަސްވުމެއްނޫންކަން އެއްބަސްވުމަށް ބެލުމުން އެނގެން އޮންނަކަމަށެވެ. މީގެ އިތުރުން އިސްތިއުނާފު ރައްދުވާ ފަރާތުން އަދާކުރަމުންދިޔަ ޗީފް ރިއަލ އެސްޓޭޓް އޮފިސަރުގެ މަޤާމަކީ މިހާރު އެޗް.ޑީ.ސީގައ އޮތި މަޤާމެއް ނޫންކަމަށާއި، ކުންފުނީގެ އޮނިގަނޑު ބަދަލުކޮށްފައިވާކަމަށާއި، ޓްރައިބިއުނަލުން ވަގުތީ އަމުރު ނެރުމުގައި މިކަންކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށެވެ.
3.10.ވަގުތީ އަމުރުގެ ނެރުމުގައި ފުރިހަމަވާންޖެހޭ ދެވަނަ ޝަރުތު ފުރިހަމަވޭތޯ ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބޭ އިއާދަނުކުރެވޭ ވަރުގެ ގެއްލުމަކީ ކޮބައިކަން ބުނެދީފައިނުވާކަމަށާއި، ވަގުތީ އަމުރު ނެރުމުގައި ގެއްލުން ވަޒަޒަކުރިގޮތާމެދ ސުވާލު އުފެދޭކަމަށާއި، ވަގުތީ އަމުރެއް ނެރުމުގައި އިއާދަނުކުރުވޭނެ ގެއްލުމެއް ލިބުމުގެ އިޙްތިމާލުއޮތްކަން ވަގުތީ އަމުރަށް އެދޭ ފަރާތުން ބުނެދޭންޖެހޭއިރު އެފަރާތުގެ ޒިއްމާ އަދާކޮށްފައިނުވާކަމަށެވެ. އަދި ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅާ ހަލާތެއްގައިވެސް، ވަޒީފާގެ އެއްބަސްވުމުގެ މުއްދަތަކީ އެއް އަހަރު ދުވަސްކަމަށާއި، އަދި އެމުއްދަތު މިހާރު ފަހަނައަޅައިގޮސްފައިވާކަން އެނގޭތީ ވަޒީފާއާ އިއާދަކުރުމުގެ ފުރުސަތު ނެތްކަމަށާއި، އަދި އިއާދަނުކުރެވޭނެ ގެއްލުމެއް ނެތްކަމަށެވެ.
4.10.ވަގުތީ އަމުރުގެ ނެރުމުގައި ފުރިހަމަވާންޖެހޭ ތިންވަނަ ޝަރުތު ފުރިހަމަވޭތޯ ބަލާއިރު، ވަގުތީ އަމުރަށް އެދުނު ފަރާތަކީ އެޗް.ޑީ.ސީގައި 1 (އެކެއް) އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މަސައްކަތްކުރުމަށް އެއްބަސްވެފައިވާ މުވައްޒަފެއްކަމަށާއި، އެކަން އެއްބަސްވުމަށް ބެލުމުން އެނގެން އޮންނަކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތާއެކު ވެފައިވާ އެއްބަސްވުމަކީ ވަގުތީ އެއްބަސްވުމެއްކަމަށާއި، މިހާރު އެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ އިސްތިއުނާފު ރައްދުވާ ފަރާތަށް ވަގުތީ އަމުރަށް އެދުމުގެ ހައިސިއްޔަތު ނެތްކަމަށެވެ.
5.10.އެހެންކަމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަގުތީ އަމުރަ ނެރެފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ސުޕްރީމް ކޯޓުގެ ނަންބަރު:2021/SC-A/21 ޤަޟިއްޔާގައި ވަގުތީ އަމުރު ނެރުމުގައި އިސްތިޤްރާރުކޮށްފައިވާ އުސޫލުތަކާއި ޚިލާފަށްކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް:
11އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:-200 VTR/VA/2025/31 (15 ޖޫން 2025) ވަގުތީ އަމުރު ނެރެފައިވަނީ ވަގުތީ އަމުރު ނެރުމަށް އިސްތިޤްރާރުވެފައިވާ އުސޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅާދެއްވައި، އެ އަމުރަކީ ބާޠިލްއަމުރެއްކަމުގައި ކަނޑައަޅާ ދެއްވުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތައް:
12އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފީ ނުކުތާގެ ޖަވާބު ތަފްޞީލްކޮށް އިސްތިއުނާފީ ދައުވާގެ ޖަވާބު ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާތަކާއި ގުޅިގެން ވަރަށް ތަފްޞީލްކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްޞީލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޚުލާޞާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛
1.12. އިސްތިއުނާފު ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތުގެ ވަގުތީ އަމުރަށް އެދުމުގެ ޞިފަތު ނެތްކަމަށް ބުނެފައިވީނަމަވެސް، ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ޚިލާފުވެފައިވަނީ ޤާނޫނީ ކޮން އުސޫލަކާ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްފައިނުވާތީ ނުކުތާއަށް ޖަވާބު ދޭންޖެހޭކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ނުދެކޭކަމަށެވެ.
2.12. އިސްތިއުނާފު ރައްދުވާ ފަރާތުގެ މައުޟޫއީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމްވެގެންނުވާކަމަށާއި، މައުޟޫއީ ޙައްޤެއް އޮތްކަން ބަޔާންކޮށްދިނުމުގެ ގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުން އެއްވެސް މަސައްކަތް ކޮށްފައިނުވާކަމަށް ބުނެފައިވީނަމަވެސް، މިކަމަށް ރިޢާޔަތްކޮށް މިމައްސަލަ މައުޟޫއީ ގޮތުން ބެލުމެއްނެތި އިސްތިއުނާފު ރައްދުވާ ފަރާތަށް މައްސަލަ ކާމިޔާބުވުމުގެ އިޙްތިމާލު ނެތްކަމަށް ކަނޑައެޅިދާނެކަމަށް ބުރަނުވެވޭކަމަށެވެ.
3.12. މީގެ އިތުރުން، މިމައްސަލައިގައި ވަޒީފާގެ އެއްބަސްވުމަކީ ދާއިމީ އެއްބަސްވުމެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމާއި، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް އިތުބާރު ގެއްލިފައިވާކަމަށް މި މައްސަލަ މައުޟޫޢީ ގޮތުން ބެލުމަށްފަހު ފައިސަލާކުރަންޖެހޭކަމަށ ޓްރައިބިއުނަލުން ބަޔާންކޮށްފައިވާކަމަށާއި، އެހެނީ އެކަން މައުޟޫއުގެ ކުރިން ކަނޑައަޅާފިނަމ އެއަ މައްސަލައަށް އަސަރުކުރާނެ ކަމެއްކަމަށާއި، ޓްރައިބިއުނަލްގެ އެ ނިންމުން ޤާނޫނާ ޚިލާފުވާ ސަބަބެއް އިސްތިއުނާފުކުރާ ފަރާތަށް ބަޔާންކޮށްދެވިފައިނުވާކަމަށެވެ. އަދި އެކަމަކީ ޓްރައިބިއުނަލުން ގޮތެއް ކަނޑައަޅަންޖެހޭފަދަ ޚަރުދަނާ ޤާނޫނި ނުވަތަ ވާޤިޢީ ސުވާލުއް ހުސޫމަތެއް އޮތްކަމެއްކަން އިސްތިއުނާފުކުރާ ފަރާތުގެ ވާހަކައިންވެސް އެނގޭކަމަށާއި، އެއީވެސް ސްޓެޓަސްކޯ އޮތްގޮތަށް ބާއްވަންޖެހޭ ކަމެއްކަމަށެވެ. އެހެންކަމުން މަޢުޟޫއީ ޙައްޤެއް ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމްވެގެންވާކަމަށް ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ ހުށަހެޅިފައިވާ ކަންކަމަށް ބަލައި އެކަށީގެންވާ ގޮތެއްގެ މަތިންކަމަށެވެ.
4.12. އިއާދަނުކުރެވޭ ގެއްލުމާއި ގުޅިގެން ޓްރައިބިއުނަލުން ނިންމާފައިވަނީ ދެފަރާތުގެ ދެމެދު ވެފައިވަނީ ވަގުތީ އެއްބަސްވުމެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަކީ މި މައްސަލަ މައުޟޫއީ ގޮތުން ބެލުމަށްފަހު ފައިސަލާކުރަންޖެހޭ ކަމެއްކަމަށާއި، އަދި ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް އެޗް.ޑީ.ސީގައ އިސްތިއުނާފި ރައްދުވު ފަރާތުން އަދާކުރަމުންދިޔަ ވަޒީފާއަށް އެފަރާތް އަނބުރާ އިއާދަކޮށްދިނުމުގެ އަމުރެއް ނެރުމުގެ އިޙްތިމާލު އެބައޮތްކަމަށާއި، އަދި އެފަދަ ހާލަތުގައި ޓްރައިބިއުނަލްގެ ނިންމުން ތަންފީޛުކުރުމަށް ދަތިވެގެންދާނެތ އެދިފައިވީ ފަދައިން ވަގުތީ އަމުރެއް ނެރުމަކާ ނުލައި އަސްލު ދައުވާ ކުރިއަށްގޮސްފިނަމ އިސްތިއުނާފަ ރައްދުވު ފަރާތަށް އިއާދަ ނުކުރެވޭ ގެއްލުމެއް ލިބުމުގެ ފުރިސަތު އޮތްކަމަށެވެ.
5.12. އެހެންކަމުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަގުތީ އަމުރު ނެރެފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/21 ޤަޟިއްޔާގައި ވަގުތީ އަމުރު ނެރުމުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި އަދި އެ އުސޫލު އިތުރަށް ތަފްސީލްކޮށްފައިވާ މަތީ މަރުހަލާގެ ނިންމުންތަކާ ޚިލާފަށް ނޫންކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:
13އިސްތިއުނާފ ރައްދުވު ފަރާތުން އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނެރެފައިވާ ވަގުތީ އަމުރަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅާދެއްވައި، މައްސަލަ ނިންމަވާދެއްވުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:
14މިމައްސަލައާއި ގުޅިގެނި ވަޒީފާއާބެހް ޓްރައިބިއުނަލުގެ ނަންބަރު 120/VTR/2015 ޤަޟިއްޔާގެ ތެރެއިން، އެ ޓްރައިބިއުނަލުން ނެރެފައިވާ ނަންބަރު:VTR/VA/2025/31-200 (15 ޖޫން 2025) ވަގުތީ އަމުރަށާއި، އެއަމުރު އިސްތިއުނާފު ކުރުމަށް އެޗް.ޑީ.ސީގެ ފަރާތުން ހުށަހަޅާފައިވާ ނުކުތއަށާ އާ، އެނުކުތއާއ ގުޅިގެނި މި މައްސަލައިގައި ހިމެނޭ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު އަންނަނިވ ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
ހުށަހެޅިފައިވާ އިސްތިއުނާފު
15ހުށަހެޅިފައިވާ ވަގުތީ އަމުރާގުޅޭ ވާޤިޢާތަށް ޚުލާޞާގޮތެއްގައި ބަޔާންކުރެވިފައިވުމާއި އަދި ހުށަހެޅި ލިޔުންތަކުން ވާޤިއާތަކުގެ އިތުރު ތަފްޞީލު ލިބެން ހުރުމުން، އެވާހަކަތައް ތަކުރރާ ކުރާކަށް ނެތީމެވެ.
16HN1ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:2012/SC-A/21 ޤަޟިއްޔާ ގައި ވަގުތީ އަމުރު ނެރުމުގައި ބަލަންޖެހޭ ޢާންމު ޝަރުޠތަކެއ ބަޔާން ކޮށްފައިވު އެވެ. އެޝަރުޠުތަކަކީ،
1.16. ވަޤުތީ އަމުރަށް އެދޭ ފަރާތަށް، ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫ ޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރްކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންވުން (fumus boni iuris)؛
2.16. ވަގުތީ އަމުރު ނެރުމަކާނުލ އަޞްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން (periculum in mora)؛
3.16. ވަޤުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ "ޞިފަތު" (capacity) ނުވަތަ ޙައިޘިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާ ފަރާތެއްކަމުގައި ވުން. މިއެވެ.
17ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރްކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެން އޮތްތޯ ބަލާއިރު، އެޗް.ޑީ.ސީ އިން ސަނީޙ އަށް ވަޒީފާ ހުށަހަޅައި ފޮނވު ނަންބަރު:HRM/PRV/2024/2814-HDC(161) ސިޓީގައި އޮތީ؛ “Housing Development Corporation Ltd is pleased offer you a placement in this corporation for the position of Director (EX1) in the Real Estate management Department for a period of 1 year.” މިފަދައިންނެވެ. މިހުށަހަޅުން ޤަބޫލުކުރުމާއި ޤަބޫލު ނުކޮށް ދޫކޮށްލުމާގުޅޭ ގޮތުން، އެސިޓީ އާ ޙަވާލާދީ އޮތް ލިޔުމުގައި އޮތީ؛ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން “Accept Job offer By signing, dating and selecting the post this letter below, I, accept this job offer by Housing Development Corporation Ltd and affirm that I am ready to start by the date stated below. Signature:----------------------------------Date: ------------------------------------ Decline Job offer By signing, dating this letter below, I, declined this job offer by Housing Development Corporation Ltd. Signature:----------------------------------Date: -----------------------------------” މިފަދައިންނެވެ. ސަނީޙް ސޮއިކޮށް 8 އޭޕްރީލް 2024 ގެ ތާރީޚް ޖަހާފައި އޮތީ، އެޗް.ޑީ.ސީއިން ހުށަހެޅި ވަޒީފާ ޤަބޫލުކޮށެވެ.
18މި ހުށަހެޅުމާއި ޤަބޫލުކުރުމުގެ ތެރެއިން ސަނީޙް އަދާކުރަން ފެށި ވަޒީފާގެ ކުރިއެރުން ލިބިފައިވަނީ، 25 ސެޕްޓެ ންބަރ 2024 ގައެވެ. ނަތީޖާއަކީ، ޑިރެކްޓަރެއްގެ މަޤާމުން ޗީފް ރިއަލ އެސްޓޭޓް އޮފިސަރެއްގެ މަޤާމަށް ބަދަލވުމެވެ.
19HN2ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނެރުނު ވަގުތީ އަމުރުގައި ސަނީޙް އަދާކުރަމުންދިޔަ މަޤާމަށް ދާއިމީ މީހަކު ނެގުން ހުއްޓުވާލުމުގެ މައިގަނޑު ތަރަހައަކީ، މިއައި ބަދަލާއި ގުޅިގެން ސަނީޙް ގެ ވަޒީފާ ދާއިމީ ވެއްޖެތޯ ނުވަތަ ނޫންތޯ އުފައްދާ ސުވާލެކެވެ. އެހެނީ، 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތު ކަނޑައެޅިފައިވާ ވަޒީފާއެއްކަމަށް ބރަވެވުނުނަމަ، މ މައްސަލައިގައި ވަގުތީ އަމުރެއް ނެރެގެން އޭނާ އަދާކުރި މަޤާމް ވަގުތީ ގޮތުން ރައްކާތެރިކޮށްދޭންޖެހޭ ސަބަބެއް ނޯންނާނެވެ.
20HN3ސަނީޙްގެ ވަޒީފާއަކީ ދާއިމީ ވަޒީފާއެއްތޯ ނުވަތަ ނުވަތަ ނޫންތޯ މިސުވާލަށް ޖަވާބު ދެވޭނީ ޓްރައިބިއުނަލުން މިމައްސަލަ މައުޟޫޢު ގޮތުން ބަލައިގެން ކަމަށް ވަގުތީ އަމުރު ނިންމުމުގައި ޓްރައިބިއުނަލުން ފާހަގަ ކުރެއެވެ. އެއީ ރަނގަޅު ވާހަކައެކެވެ. ނަމަވެސް، އެކަން ޓްރައިބިއުނަލުން ބަލައި ގޮތް ކަނޑައަޅަންދެން، ސަނީޙް އަދާކުރަމުންދިޔަ މަޤާމް އޭނާއަށްޓަކައި ވަގުތީ ގޮތުން ރައްކާތެރިކޮށްދޭންޖެހޭ ޤާނޫނީ ނުވަތަ ޝަރުޢީ އެމްލޮއިމަންޓ އެގްރީމަންޓް ނަންބަރު: 570/CH/2024-HDC ސަބަބެއް އެބައޮތްތޯ އެއީވެސް ކުރަންޖެހޭ ސުވާލެކެވެ. އެޗް. ޑީ.ސ ގައީ ސަނީޙ ވަކް ވަޒީފާއެއް އަދާކުރުމަކީ، އޭނާއަށްޓަކައި އެވަޒީފާ ބާއްވަންޖެހޭ ސަބަބެއް ނޫނެވެ.
21ޓްރައިބިއުނަލުން މައުޟޫޢް ގޮތުން ބަލައިގެން ގޮތް ނިންމަންޖެހެނީ، ސަނީޙްގެ ވަޒީފާ ދާއިމީ ވެއްޖެތޯ ނުވަތަ ނޫންތޯއެވެ؟ މިސުވާލު އުފެދުމުގެ ކުރިން ހުށަހެޅުނު ލިޔުންތަކުން، ޔަޤީނީކޮށް އެނގޭކަމަކީ، ސަނީޙްއަށް ވަޒީފާ ހުށަހެޅި ހުށަހަޅުމާއ ޤަބޫލުކުރި ކުރުމުގައި އޮތީ، ވަޒީފާއަކީ 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތުގެ ވަޒީފާއެއް ކަމެވެ. ވީމާ، ފަހުން ޢަމަލު ކުރިގޮތަކުން، ސަނީޙްގެ ވަޒީފާ ދާއިމީ ވެއްޖެކަމާއިމެދު އުފައްދާ ސުވާލަށް ޖަވާބު ހޯދުމަށް މަސައްކަތް ކުރާއިރު، މައުޟޫޢާމެދު ވަގުތީ ގޮތުން ފިޔަވަޅު އަޅަންޖެހޭނީ، އެމަޢުޟޫޢ އަސްލު އޮތު ޙާލުގެ މައްޗަށް ބަލައިގެންނެވެ. އެހެނީ، ކަމެއްގެ ޙާލާމެދް ސުވާލު އުފެދިއްޖެނަމަ، އެކަމެއްގެ ޙާލާއިމެދު ފަހުން އެހެން ގޮތެއް ކަނޑައަޅަންދެން މާޒީގައި އެކަމެއް އޮތް ޙާލުގެ މައްޗަށް އެކަމެއް ބޭއްވުމަކީ ޢަމަލުކުރާ އުޞޫލެވެ. ވީމާ، ޤާނޫނީ ގޮތުން، ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރކަޒެއު އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެނވާތް މިމައްސަލައިގައި ފެންނާކަށް ނެތެވެ.
22HN4ހަމައެހެންމެ، މައުޟޫޢީ ގޮތުން މިމައްސަލަ ބެލުމަށްފަހު، ވަޒީފާ ދާއިމީ ވެފައިވާކަމަށް ކަނޑައެޅޭ ޙާލަތުގައިވެސް، ތަދާރުކު ނުކުރެވޭނެ ނުވަތަ ރނަ ގަޅުކޮށ އިޞްލާޙް ނުކުރެވޭނެ ގެއްލުމެއް ނުރައްކަލެއް މިމައްސަލައަކ ނެތެވެ. ސަބަބަކީ، ސަނީޙް އަދާކުރި ވަޒީފާއާ އެއްފެންވަރުގެ ވަޒީފާތައް އެޗް.ޑީ.ސީގައި ހުރިކަމަށް ބަޔާން ކުރާތީ، ވަޒީފާ އަބުރާ އިޢާދަކުރާ ކުރަންޖެހޭ ޙާލަތުގައިވެސް އެކަމުގެ ފަރުވާ ދެވެން އޮތީމައެވެ.
23މީގެ އިތުރުން، މިވަގުތީ އަމުރު ނެރުމުގެ ކުރިން، އެޗް.ޑީ.ސީގެ އޮނިގަނޑަށް ގެނެވުނު ބަދަލަކާއި ގުޅިގެން، ވަގުތީ ގޮތުން ހިފެހެއްޓުމަށް އެންގި މަޤާމު އުވިގެން ގޮސްފައިވާކަން އެނގެން އޮވެއެވެ. ވީމާ، ވަގުތީ އަމުރު ނެރުމުގެ ކުރިން، ވުޖޫދުގައި ނެތް މަޤާމަކަށް ދާއިމީ މީހަކު ނުނެގުމަށް އަންގައި އެމަޤާމު މައްސަލަ ހުށަހެޅި ފަރާތަކަށްޓަކައި ވަގުތީ ގޮތުން ރައްކާތެރި ކޮށްދެވޭނެ ޤާނޫނީ ހަމައެއް ނެތެވެ. މިޙާލަތުގައިވެސް ބަލަންޖެހެނީ، އޭނާ އަދާކުރި މަޤާމާއި އެއްފެންވަރުގެ ނުވަތަ އެއްދަރަޖައެއްގެ މަޤާމެއް އޮތްތޯ ނވަތު މާލީގޮތުން އެކަށީގެންވާ ބަދަލެއް ދެވެން އޮތްތޯއެވެ. މާލީ ގޮތުން ބަދަލު ދެވޭނެ ޙާލަތެއް އޮތްތޯ ބަލާއިރު، އެފަދަ ޙާލަތެއް އޮތްނަމަ، ވަގުތީ ފިޔަވަޅެއް ނޭޅުމުގެ މައްޗަށް އިސްކަންދޭންޖެހެއެވެ. މިވަގުތީ އަމުރު ނެރުމުގައި އެކަން އެހެން ބަލާފައި އޮތްކަމަށް ނުފެނެއެވެ. ނިންމުން ފެންނަގޮތް:
24ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު :VTR/VA/2025/31-200 (15 ޖޫން 2025) ވަގުތީ އަމުރު ބާޠިލު ކުރަންޖެހެއެވެ.
ފަނޑިޔާރު ޙުސައިން މަޖީދުގެ ރައުޔު
25މިމައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ތާޢީދުކުރަމެވެ.
ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔު
26މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު ގެ ނުކުތާ 22 އަދި 23 ފިޔަވައި އެހެން ނުކުތާތަކާއި، ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ނިންމެވުމަށް ތާޢީދުކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
27މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ސުޕްރީމް ކޯޓު: ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން (2012/SC-A/21)
- ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) (އިސްތިއުނާފީ ނުކުތާގައި)
- ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ށ) (އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަހުސްގައި)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.