ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2025/HC-A/324

ޔައްސި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންޓެގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓުގެ ރަޖިސްޓްރީގައި އިސްތިއުނާފެއް ނުފެނޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 3 ޖޫން 2026ދަށު ކޯޓު: ސިވިލް ކޯޓު 144-B7/VN/2540-2025/2025/04ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 144-B7/VN/2540-2025/2025/04
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ޙުކުމް ތަންފީޛުކުރުމުގެ މައްސަލައެއްގައި ވަގުތީ އަމުރު ނުނެރޭނެ ކަމަށް ސިވިލް ކޯޓުން ނިންމިއިރު ސަބަބު ބަޔާންނުކުރި ކަމަށް ބުނެ ހުށަހެޅި އިސްތިއުނާފު، ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރޭތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފީ އޮޅިގަނޑު ގިރާނުކުރާތީ އިސްތިއުނާފު ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމި (ދަށުކޯޓުގެ ނިންމުން ޤާއިމް)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ ދަށުން ދަށުކޯޓެއްގެ ނިންމުމެއް އިސްތިއުނާފުކުރެވޭނީ، (ހ) ނިންމުން ބިނާވެފައިވަނީ ޤާނޫނާ ޚިލާފަށް، ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ޤަބޫލުކުރެވޭ ސަބަބުތައް ހުރުން، ނުވަތަ (ށ) އިޖުރާއީ އައިބެއްގެ ސަބަބުން ނިންމުމަށް އަސަރުފޯރުވި އިޖުރާއަތު ބާޠިލުވުން ފަދަ ޙާލަތެއް މެދުވެރިވެފައިވާނަމައެވެ (ޖުޑީޝަލް ސަރވިސް ކޮމިޝަން ވ. މުޙައްމަދު މާލިކު).

HN2 ފަނޑިޔާރު ޤާނޫނީ ގޯހެއް ހަދާފައިވާ ކަމަށް، ނުވަތަ ހެކިތަކަށް ނުވަތަ ދެއްކި ވާހަކަތަކަށް ރިޢާޔަތްނުކުރި ކަމަށް ހަމައެކަނި ބުނުމަކުން 43 ވަނަ މާއްދާގެ މިންގަނޑަށް ނުވާސިލުވެއެވެ (އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން).

HN3 އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭނީ މައްސަލައިގައި އޮތް ޤާނޫނީ ބަހުސެއްގެ މައްޗަށް ބިނާކޮށެވެ؛ އިސްތިއުނާފު ބަލައިގަންނަންޖެހޭ ސަބަބުތައް ޤާނޫނީ އުޞޫލުތަކާއި ހަމަތަކަށް ޙަވާލާދީ ތަފްސީލާއެކު ސާފުކޮށްދިނުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެކެވެ.

HN4 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 261 ވަނަ މާއްދާގެ (ހ) ގެ (5) އާއި 265 ވަނަ މާއްދާގެ ދަށުން ފަނޑިޔާރު ނިންމުމަށް ވާސިލުވި ސަބަބު، އަދި ގިނަ ކަންކަމަށް އެދޭނަމަ ކޮންމެ ކަމެއްގެ ނިންމުމަށް ވާސިލުވި ސަބަބު ބަޔާންކުރަންވާނެއެވެ.

HN5 ވަގުތީ އަމުރު ނުނެރޭނެ ސަބަބު ދަށުކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައި އޮތުމުން އެނގެން އޮންނައިރު، ސަބަބު ނޭނގޭ ކަމަށް ބުނާ ހަމައެކަނި ބުނުމަކުން އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާ އަދާނުވާތީ، އެފަދަ އިސްތިއުނާފަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ އިސްތިއުނާފެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ސީ.އެލް.އޭ ޕާރޓްނާރސް އެލް.އެލް.ޕީ
ބެންޗު
ފާޠިމަތު ފަރްހީޒާ، ޙުސައިން މަޒީދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ތަޢާރުފު

1މިއީ، ސިވިލް ކޯޓުގެ ނަންބަރު 144-B7/VN/2540-2025/2025/04 "ވަގުތީ އަމުރާމެދު ނިންމިގޮތް" އިސްތިއުނާފުކޮށް ޔައްސި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް )މީގެ ފަހުން "ޔައްސި އިންވެސްޓްމަންޓް" ނުވަތަ "އިސްތިއުނާފ ކުރު ފަރާތް"( އިން އެނިންމުންއިސްތިއުނާފުކޮށްދިނުމަށ އެދިދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ހައިކޯޓުގެ ނަންބަރު 2025/HC-A/324 ޤަޟިއްޔާއެ ވެ.

2މ ޤަޟިއްޔާގައިއިސްތިއުނާފ ރައްދުވާ ފަރާތަކީ، މޯލްޑިވްސް އިންޓެގްރޭޓަޑ ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން)މީގެ ފަހުން "އެމް.އައި.ޓީ.ޑީ .ސީ " ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް"( އެވެ.

ސިވިލް ކޯޓު މަރުހަލާ

3ލ.ބަރެސްދޫގައި ގެސްޓްހައުސް ޑިވެލޮޕްކޮށް، މެނޭޖްކޮށް، އޮޕަރޭޓްކުރުމަށްޓަކައި، ޔައްސ އިންވެސްޓްމަންޓް އަށް ޕްރޮޖެކްޓް އެވޯޑީކުރިކަނީއެމް.އައި.ޓީ.ޑީ.ސިއިންއެންގުމަށްފަހު، ޔައްސ އިންވެސްޓްމަންޓްގެ ފަރާތުން ފައިސާ ދެއްކުމުންވެސް ޕްރޮޖެކްޓަށ ކަނޑައަޅާފައިވް ބިނާ ޙަވާލުކޮށްފައިނުވާތ، ލޭންޑް އީކުއިޒިޝަނެ ކޮސްޓް )އެލް.އޭ.ސ(ގެ ގޮތުގައި ދައްކާފައިވާ $100,000.00 )އެއްލައްކަ އެމެރިކާ ޑޮލަރު( އާއި ވަކީލު ފީގެ ގޮތުގައި ޚަރަދު ކުރަންޖެހުނު 10,000/- ރީ. )ދިހަހާސް ރުފިޔާ( އިކީއެއްފަހަރާ ހޯދުމަށް އެދޭ އެމް.އައި.ޓީ.ޑީ.ސ އަށް ރައްދުވާގޮތަށް ޔައްސި އިންވެސްޓްމަންޓްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއެވެ. C-0966/2014 C-1043/2016

4ސިވިލް ކޯޓުގެ ނަންބަރު 469-CVC-2025 ޤަޟިއްޔާއިން ބެލުނު މިމައްސަލައިގައި އެކޯޓުން ޙުކުމްކޮށްފައިވަނީ، ދައުވާގައި ހޯދުމަށް އެދިފައިވާ 1,542,000/-ރ. )އެއްމިލިއަން ފަސްލައްކަ ސާޅީސްދެހާސް ރުފިޔާ( އަކީ އެމް.އައި.ޓީ.ޑީ.ސާގެ ފަރާތުން ޔައްސި އިންވެސްޓްމަންޓް އަށް ދައްކަންޖެހޭ ފައިސއެއްކަމަށ ބުން އިޢުތިރާފްވެފައިވާތީ، އެފައިސާ ދެއްކުމަށް ކަނޑައަޅައި، 29 އޭޕްރީލް 2025 އިން ފެށިގެން 03 )ތިނެއް( މަސް ދުވަހުގެ ތެރޭގައި އެމަހަކަށް ޖެހޭވަރު ސިވިލް ކޯޓަށް ދައްކާ ޚަލާސްކުރުމަށާއި، ވަކީލު ފީ ނަގައިދޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައެވެ.

5ސިވިލް ކޯޓުގެ މިޙުކުމް ތަންފީޛުކޮށްދިނުނ އެދް ޔައްސި އިންވެސްޓްމަންޓްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއެވެ. އެމައްސަލަ ބަލަމުންދަނީ އެކޯޓުގެ ނަންބަރ 2540-CVC-2025 ޤަޟިއްޔާއިންނެވެ.

6އެޤަޟިއްޔާގެ ތެރެއިންޔައްސި އިންވެސްޓްމަންޓްގެ ފަރާތުން ވަގުތީ އަމުރަކަށް އެދުނެވެ. އެގޮތުން ޔައްސި އިންވެސްޓްމަންޓްގެ ފަރާތުން އެދިފައިވަނީ އަންނަނިވި ފަދައިންނެވެ. "މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގެ )ށ( ގ 06 ނަންބަރު ކަމުގައިވާ "މުދަލުން ތަސައްރަފްކުރުން ހުއްޓުވުމުގެ އަމުރެއް" ގެ ދަށުން ލ.ބަރެސްދޫގެ "ބީޗްހޮޓެލ ޕްލޮޓް" ގެ ތެރެއިން، 5000 އަކަފޫޓުގެ ނަންބަރު BH1018 ޕްލޮޓް ވިއްކުމާއި، އެމުދާ ނުވަތި އެމުދަލުގެ ޙައްޤުތައް އެހެން ފަރާތަކަށްޓްރާންސްފަރ ކުރުމާއި، އެފަދަ އެހެނ ތަސައްރުފެއ ނުކުރުމަށް ދައުވާލިބޭ ފަރާތުގެ މައްޗަށާއި،ކަމާބެހޭ ފަރާތްތަކަށް އަންގައި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގެ 03 ވަނަ ނަންބަރުގެ (i) ކަމުގައިވާ "ވަކި މުދަލެއް ހިފެހެއްޓުމަށް ނުވަތަ ވަކް ފަރާތެއްގެ ބެލުމުގެ ދަށަށް ގެނައުމަށް ނުވަތަ މުދާ ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ" ދަށުން ލ.ބަރެސްދޫގެ "ބީޗްހޮޓެލ ޕްލޮޓް" ގެ ތެރެއިން، 5000 އަކަފޫޓުގެ ނަންބަރު BH1018 ޕްލޮޓް ހިފަހައްޓައި، ދައުވާކުރާ ފަރާތުގެ ބެލުމުގެ ދަށަށް ގެނައުމަށް ކަމާބެހޭ ފަރާތްތަކަށް އެންގުމަށް"

7އިސްތިއުނާފުގައި ބެލްފައިމިވަނު ސިވިލް ކޯޓުނ ނިންމި ނަންބަރ 144-B7/VN/2540-2025/2025/04 "ވަގުތީ އަމުރާމެދު ނިންމިގޮތް" އެވެ.

8ޔައްސި އިންވެސްޓްމަންޓްގެ ފަރާތުން ނެރެދިނުމަށް އެދުނު ވަގުތީ އަމުރު ނުނެރުމަށް ސިވިލް ކޯޓުން ނިންމު މައިގަނޑު ސަބަބަކީ،މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ޙުކުމް ތަންފީޛު ކުރުމާ ގުޅޭ ގޮތުން ވަކި ޚާއްސަ ބާބެއް އޮންނައިރު،ޔައްސި އިންވެސްޓްމަންޓްގެ ފަރާތުނ ހުށަހެޅި ވަގުތީ އަމުރު ފޯމުގައް، ވަގުތީ އަމުރަށް އެދެނީ ޙުކުމް ތަންފީޛު ކުރުމުގެ ބައިގެ ދަށުން އައިސްފައިވާ ކޮނިމާއްދާތަކަކ ޙަވާލާދީކަން ބަޔާންކުރުމެއްނެތ އެއިޖުރާއަތުތައް އެއްފަރާތްކޮށް، ހަމައެކަނި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާއާ ޙަވާލާދީ، ޔައްސި އިންވެސްޓްމަންޓްގެ ފަރާތުން ހޯދުމަށް އެދިފައިވާ ފަރުވާތައް، ޙުކުމް ތަންފީޛުކުރުމުގެ ގޮތުން ކުރިއަށް ގެންދެވޭ މައްސަލައިގައި ނަގައިދެވިދާނެކަމަށް ޝަރީޢަތަށް ޤަބޫލު ނުކުރެވޭތީކަމަށެވެ. އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާ އަދި ތަފްސީލު:

9ސިވިލް ކޯޓުގެ ނަންބަރު 144-B7/VN/2540-2025/2025/04 "ވަގުތީ އަމުރާމެދު ނިންމިގޮތް" ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ،ޔައްސި އިންވެސްޓްމަންޓގ ފަރާތުން އިސްތިއުނާފުކުރުމަށ އެދް އަންނަނިވި ނުކުތާފާހަގަކޮށް އާ ނުކުތުއެމެދ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި ނުކުތާއަކީ؛

9.1. ސިވިލް ކޯޓުގެ ޤަޟިއްޔާ ނަންބަރު 2540-CVC-2025 ގެ ދަށުން، 144-B7/VN/2540-2025/2025/04 )ވަގުތީ އަމުރާމެދު ނިންމިގޮތް( ) 27 އޮކްޓޯބަރު 2025( މެދުވެރިކޮށް، ޔައްސި އިންވެސްޓްމަންޓް އިން އެދުނު ވަގުތީ އަމުރު ނެރެވެން ނެތްކަމަށެ ކޯޓުން ނިންމާފައިވަނީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 261 ވަނަ މާއްދާ )ޙުކުމެއްގައި ފުރިހަމަވާންޖެހޭ މައިގަނޑު ކަންކަން( އާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 265 ވަނަ މާއްދާ )ކޮންމެ ކަމަކާމެދު ނިންމާ ނިންމުން ބަޔާންކުރުން( އާ ޚިލާފަށް، ޔައްސި އިންވެސްޓްމަންޓް ގ ހުށަހެޅުމަށް ކޯޓުން އިންކާރުކުރާ ކޮން ސަބަބުތަކާ ހުރެކަން ބަޔާންނުކޮށްކަމުގައިވާތީ، އެނިންމުނ ޤާނޫނާ ޚިލާފުވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. މިނުކުތާގެ ތަފްސީލުގައިޔައްސ އިންވެސްޓްމަންޓް ގެ ފަރާތުން ފާހަގަކޮށްފައިވަނ، އަންނަނިވި ކަންކަމެވެ.

9.1.1. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 261 ވަނަ މާއްދާގައި،މަދަނީ މައްސަލަތަކުގެ ޙުކުމުގައި ހުންނަންޖެހޭ މައިގަނޑު ކަންތައްތައް ބަޔާންކޮށްފައިވާކަމަށާއ، އެޤާނޫނުގެ 265 ވަނަ މާއްދާގައްދައުވާގައ ހިމެނި ކޮންމެ ކަމަކަށް ނިންމުމެއް އޮންނަނުވާނެކަމަށ ބަޔާންކޮށްފައިވާއިރ،ޔައްސި އިންވެސްޓްމަންޓްގެ ފަރާތުން ނެރެދިނުމަށް އެދުނު ވަގުތީ އަމުރަށް ކޯޓުން އިންކާރުކުރާ ސަބަބުތައް ބަޔާންކޮށްފައިނުވާކަމަށެވެ.

9.1.2. މަދަނީ އިޖުރާއަތގު ޤާނޫނުގެ ޙުކުމް ތަންފީޛުކުރުމުގެ ބާބާއި ވަގުތީ އަމުރުގެ ބާބަކީ ދެބައު އެއްކޮށް މަސައްކަތްކުރާ ދެބާބު ކަމަށާއި،ޙުކުމް ތަންފީޛުކުރުމުގެ މަހުރަލާގައިވެސް ވަގުތީ އަމުރު ނެރެވިދާނެކަމަށާއި، ސަބަބަކީ އެޤާނޫނުގެ 32 ވަނަ މާއްދާގައި ޙުކުމް ތަންފީޛުކުރުން ކަމަށް ބުނެފައިވަނީ،މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞަލިބިގެންވާ ކޯޓަކުން ކޮށްފައިވާ ތަންފީޛީ ބާރު ލިބިގެންވާ ޙުކުމެއް، އެ ޙުކުމް ރައްދުވި ފަރާތުގެ އަމިއްލަ އިޚްތިޔާރުގައި ތަންފީޛުކޮށްފައިނުވާ ޙާލަތުގައި،ކޯޓު މެދުވެރިކޮށިއެޙުކުމ ތަންފީޛުކުރުމަށްކަމަށާއ، ޔައްސި އިންވެސްޓްމަންޓް ގެ ފަރާތުން ހުށަހެޅި ދައުވާއަކީ މިފަދަ ދައުވާއެއްކަމުން، މިދައުވާގެ ތެރެއިން ވަގުތީ އަމުރެއް ނެރެވިދާނެކަން އެނގޭ ކަމަށެވެ.

9.1.3. ޔައްސި އިންވެސްޓްމަންޓްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިތަންފީޛީ މައްސަލައާއި އެއްފަދަ އެހެން މައްސަލައެއް އެކޯޓަށް ހުށަހެޅި އެމައްސަލައިގައި ވަގުތީ އަމުރަކަށް އެދުމުން، އެހުށަހެޅުން ބާޠިލްކުރުމުގެ ބަދަލުގައި،ވަގުތީ އަމުރު ނެރެފިނަމަ ދައުވާ ލިބޭ ފަރާތަށް ލިބޭނެ ގެއްލުން ބޮޑުވާނެތ ވަގުތީ އަމުރު ނުނެރެވޭނެކަމަށް ބަޔާންކޮށް ގޮތެއް ނިންމާފައިވާކަމަށެވެ. ޙުކުމް ތަންފީޛުކުރުމުގެ މައްސަލައިގައިވެސްމައުޟޫއީ ދައުވްގައ ވަކި ފަރުވާއެއަހޯދުމަށ އެދިފައި ނުވިކަމުގައިވިޔަސް، އެފަރުވާ ތަންފީޛީ މައްސަލައިގައި ވަގުތީ ފަރުވާއެއްގެ ގޮތުގައި ހޯދައިދެވިދާނެކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުގެ ހުށަހެޅުންތައް:

10އިސްތިއުނާފުގެޖަވާބުގައި އެމް.އައި.ޓީ.ޑީ.ސްގަފަރާތުނީފާހަގކޮށްފައިވަނ އަންނަނިވި ކަންތައްތަކެވެ.

10.1.ޔައްސި އިންވެސްޓްމަންޓްގެ އިސްތިއުނާފަށް ބަލާއިރު،ޖަވާބު ލިބެންޖެހޭ ސުވާލަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 261 ވަނަ މާއްދާގެ )ހ( ގެ 5 ވަނަ ނަންބަރާއި، 261 ވަނަ މާއްދާގެ )ށ( އަދ 265 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު، ޔައްސި އިންވެސްޓްމަންޓް އިން އެދުނު ވަގުތީ އަމުރާމެދު ގޮތް ނިންމުމުގައި އެފަނޑިޔާރު އެ ނިންމުމަށް ވާސިލްވި ސަބަބީ ބަޔާންކޮށްފައި އޮތްތޯ ނުވަތަ ނޫންތޯކަމށެވެ.

10.2.މިގޮތުން ބަލާއިރު،ވަގުތީ އަމުރާމެދު ނިންމިގޮތުގެ 3 ވަނަ ނަންބަރުގައި ފަނޑިޔާރު ވަގުތީ އަމުރު ނެރެދެވެން ނެތްކަމށަ ކަނޑައެޅުމަށް ވާސިލްވި ސަބަބީ ބަޔާންކޮށްފައިވާކަމަށެވެ.

10.3. އެހެންކަމުން،ސަބަބު ބަޔާންކޮށްފައިވަނިކޮށް، އެސަބަބަކީ އެކަށީގެންވާ ސަބަބެއްތޯ ނުވަތަ ނޫންތޯ ބަލާއިރު،އެ ބަހުސް މި އިސްތިއުނާފުގެ ތެރެއިން ކުރުމަކީ، މި އިސްތިއުނާފު ހުށަހަޅާފައިވާ ގޮތށަ ބަލާއިރް ކުރެވިދާނެކަމެއްކަމަށ ނުދެކޭކަމަށެވެ.

10.4.މިއިސްތިއެނާފ މައްސަލައަކީ ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނުގެ 43 ވަނަ މާއްދާއާ ޙަވާލާދީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގް އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް މައްސަލައިގައި ކަނޑައަޅާފައިވާ އުޞޫލަށް ބަލާއިރު، އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ މައްސަލައެއކަމަށްވެސް ނުދެކޭކަމަށެވެ. ދެފަރާތުން އެދޭގޮތް:

11އިސްތިއުނާފ ކުރު ފަރާތުން އެދޭގޮތް ކަމަށް ފާހަގަކޮށްފައިވަނީ، އަންނަނިވި ފަދައިންނެވެ.

11.1.ސިވިލ ކޯޓުގް ޤަޟިއްޔާ ނަންބަރު 2540-CVC-2025 ގެ ދަށުން، 27 އޮކްޓޯބަރު 2025 ގައި ނެރެފައިވާ ސިވިލް ކޯޓުގެ ނަންބަރ 144-B7/VN/2540-2025/2025/04) ވްގުތ އަމުރާމެދު ނިންމިގޮތް( ބާޠިލްކުރުނި ؛ އަދ

11.2.މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގެ )ށ( ގެ )6( ވަނަ ނަންބަރު ކަމުގައިވާ "މުދަލުން ތަސައްރަފުކުރުން ހުއްޓުވުމުގެ އަމުރެއް" ގެ ދަށުން، ލ.ބަރެސްދގެ "ބީޗްހޮޓެލ ޕްލޮޓް" ގެ ތެރެއިން، 5000 އަކަފޫޓުގެ ނަންބަރު BH1018 ޕްލޮޓް، ވިއްކުމާއް، އެމުދާ ނުވަތި އެމުދަލުގެ ޙައްޤުތައްއެހެނ ފަރާތަކަށް ޓްރާންސްފަރ ކުރުމާއި، އެފަދަ އެހެން ތަޞައްރުފެއ ނުކުރުމަށައެމް.އައި.ޓީ.ޑީ.ސ ގެ މައްޗަށާއި، ކަމާބެހޭ އެންމެހާ ފަރާތްތަކަށް އެންގުމށަ ؛ އަދި/ނުވަތަ

11.3.މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގެ )ށ( ގެ 03 ވަނަ ނަންބަރުގެ (i) ކަމުގައިވާ "ވަކި މުދަލެއް ހިފެހެއްޓުމަށް ނުވަތަ ވަކްފަރާތެއްގ ބެލުމުގެ ދަށަށް ގެނައުމަށް ނުވަތަ މުދާ ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ" ދަށުން، ލ. ބަރެސްދޫގެ "ބީޗްހޮޓެލް ޕްލޮޓް"ގެ ތެރެއިން 5000 އަކަފޫޓުގެ ނަންބަރު BH1018 ޕްލޮޓް، ހިފަހައްޓައި، ޔައްސި އިންވެސްޓްމަންޓް ގެ ބެލުމުގެ ދަށަށް ގެނައުމަށް ކަމާބެހޭ ފަރާތްތަކަށް އެންގުމަށަ ؛ ނުވަތަ

11.4.ސިވިލ ކޯޓުގް ޤަޟިއްޔާ ނަންބަރު 2540-CVC-2025 ގެ ދަށުން، 27 އޮކްޓޯބަރު 2025 ގައި ނެރެފައިވާ ސިވިލް ކޯޓުގެ ނަންބަރު 144-B7/VN/2540-2025/2025/04) ވްގުތ އަމުރާމެދު ނިންމިގޮތް( އަލުން ބެލުމަށް ދަށު ކޯޓަށް ތަޙުވީލުކުރުން؛ މިއެވެ.

12އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް ކަމަށް ފާހަގަކޮށްފައިވަން، އިސްތިއުނާފީ ކުރު ފަރާތުނ ފާހަގަކުރާ ނުކުތާއަކީ، އިސްތިއުނާފީ އޮޅިގަނޑު ގިރާނުކުރާ ނުކުތާއެއް ކަމަށް ކަނޑައަޅއިދަ، އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާ ނުކުތާގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުގެ ނަންބަރ 144-B7/VN/2540-2025/2025/04 "ވަގުތީ އަމުރާމެދު ނިންމިގޮތް" ބާޠިލުކުރަންޖެހޭ ފަދަ ނުވަތަ ބަދަލުކުރަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅާއިދް، އިސްތިއުނާފުކުރ ފަރާތުން އެދިފައިވާފަދަ ވަގުތީ އަމުރެއް ނެރެދޭންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:

13މައްސަލައިގައި ކަން ހިނގާފައިވާގޮތާއި ހުށަހެޅިފައިވާ ބަހުޘްތަކަށ ބަލާއިރް މިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ފުރަތަމަ ނުކުތާއަކީ، މިއީ،އެމް.އައި.ޓީ.ޑީ.ސީގެ ފަރާތުން ފާހަގަކުރާ ފަދައިން، އިސްތިއުނާފީ އޮޅިގަނޑު ގިރ ކުރާ ގޮތަށާ ހުށަހެޅިފައިވާ އިސްތިއުނާފެއްތޯ އެވެ.

އިސްތިއުނާފީ އޮޅިގަނޑު ގިރާކުރުން

14HN1ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޖުޑީޝަލް ސަރވިސް ކޮމިޝަނވ .މުޙައްމަދު މާލިކުޤަޟިއްޔާގައި އިސްތިއުނާފީ އޮޅިގަނޑު ގިރާކުރުމުގެ އީ ޞ ލުތައް ބަޔާންކުރަމުން ފާހަގަކޮށްފައިވަނ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބުނާ ގޮތުން ދަށު ކޯޓަކުން ނިންމާ މައްސަލަތައް ނުވަތަ ޓްރައިބިއުނަލް އަކުން ނިންމާ މައްސަލަތައް އިސްތިއުނާފު ކުރެވޭނީ،މައިގަނޑު ދެ ޙާލަތެއް މެދުވެރިވެފައި އޮތް ނަމައެވެ. އެއް؛)ހ( އިސްތިއުނާފު ކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައ ވަނި ޤާނޫނީ ޚިލާފަށާ ކަމަށުޤްބޫލުކުރެވޭ ސަބަބު ތަކެއް ހުރުން ނުވަތަ ޤާނޫނު ތަޠުބީޤު ކުރުމުގައި ނުވަތަ ޤާނޫނު މާނަ ކުރުމުގައި ކުށެއް ހެދިފައިވާ ކަމަށްޤަބޫލކުރެވޭ ސަބަބުތަކެއް ހުރުން [2023] SC 38 އަދި،)ށ( ޙްކުމުގ ނުވަތެ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އިޖުރާއީ އައިބެއްގެ ސަބަބުން ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވުން ކަމަށެވެ.

15HN2ބުނެވުނު ދެޙާލަތު އިބްރާހީމް ޖިހާދވު . ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްމއްސަލައިގައަ ފަނޑިޔާރު ޙުސްނުއްސުޢޫދު ތަފުސީލު ކޮށް ފާހަގަކޮށްފައި ވަނީ އަންނަނިވި ފަދައިންނެވެ. " މައްސަލަ ބަލާ ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުމަކުން، ނުވަތަ ތިމަންނަގ ފަރާތުން ދައްކާފައިވާ ވާހަކަ ތަކަށް ރިއާޔަތްކޮށްފައި ނެވާކަމަށ ބުން ބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވެއެވެ."

16HN3ދެ ވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ޖުޑީޝަލް ސަރވިސް ކޮމިޝަނވ .މުޙައްމަދު މާލިކު ޤަޟިއްޔާގައި ފަނޑިޔާރު ޑރ.މުޙައްމަދު އިބްރާހީމް ފާހަގަކޮށްފައިވަނީ، އިސްތިއުނާފު ކުރުމުގެ ހުއްދަ ދިނުމުގެ އޮޅިގަނޑު ގިރާކުރެވޭނީ، މައްސަލައެއްގައި އޮތް ޤާނޫނީ ބަހުސުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

17އިސްތިއުނާފު ކުރެވޭ މައްސަލައެއްގައި އޮތް ޤާނޫނީ ނުކުތާ ތަފުސީލު ތަކާއެކު ހުށަހަޅައި އިސްތިއުނާފެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަންނަންޖެހޭ ސަބަބުތައް ޤާނޫނީ އުޞޫލުތަކާއި ހަމަތަކަށް ޙަވާލާދެވި ސާފުކޮށް ދިނުމަކީ އިސްތިއުނާފު ކުރާ ފަރާތުގެ ޒިންމާ އެއް ކަމަށް އެޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ.

18އިސްތިއުނާފު ނުކުތާ ބިނާކުރަމުންޔައްސި އިންވެސްޓްމަންޓް އިން ފާހަގކޮށްފައިވަނީ އެފަރާތުނައެދުނު ވަގުތީ އަމުރު ނެރެވެން ނެތްކަމަށް ދަށު ކޯޓުން ނިންމާފައިވަނީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 261 ވަނަ މާއްދާ )ޙުކުމެއްގައި ފުރިހަމަވާންޖެހޭ މައިގަނޑު ކަންކަން( އާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 "މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު" [2023] SC 38 265 ވަނަ މާއްދާ )ކޮންމެ ކަމަކާމެދު ނިންމާ ނިންމުން ބަޔާންކުރުން( އާ ޚިލާފަށް، ޔައްސި އިންވެސްޓްމަންޓްގެ ހުށަހެޅުމަށް ކޯޓުން އިންކާރުކުރީ ކޮން ސަބަބުތަކާ ހުރެކަން ބަޔާންނުކޮށްކަމުގައިވާތީ، އެނިންމުން ޤާނޫނާ ޚިލާފުކަމަށެވެ.

19HN4މަދަނީ އިޖުރާއަތުގެ ޤާނޫނގު 261 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. )ހ(މަދަނީ މައްސަލައަކާމެދު ގޮތެއް ކަނޑައަޅައި ކުރާ ޙުކުމުގައި އަންނަނިވި ކަންކަން ފުރިހަމަވާންވާނެއެވ. (1)އެ ޙުކުމް އިއްވި ފަނޑިޔާރުގެ ނަމާއި ސޮއި އަދި މަޤާމު ބަޔާންކޮށްފައި އޮތުން؛ (2)ޙުކުމްކުރި ތާރީޚު ބަޔާންކޮށްފައި އޮތުން؛ (3)ކޯޓުގެ ސިއްކަ ޖަހާފައި އޮތުން؛ (4)ޙުކުމް ތަންފީޛުކުރެވޭ ތާރީޚަކީ ޙުކުމްކުރި ތާރީޚު ކަމުގައިނުވާނަމަ، އެފަދައިން ޙުކުމް ތަންފީޛުކުރެވޭނެ ތާރީޚެއް ހިމަނާފައި އޮތުން؛ (5)ޙުކުމަށް ފަނޑިޔާރް ރުޖޫޢަވި ސަބަބުތައް ބަޔާންކޮށްފައި އޮތުން. )ށ(މި މާއްދާގެ )ހ( ގެ )5( ވަނަ ނަންބަރުގައި ބަޔާންކުރާ ތަފްޞީލުތައް ޙުކުމުގައި ހިމަނާއިރު، ދަޢުވާގައި ވަކި ކަމެއް ހިނގި ގޮތާމެދު ސުވާލު އުފައްދާފައިވާނަމަ، އަދި އެކަންކަމާގުޅޭ ވަކިވަކި ޤާނޫނީ ސުވާލު އުފައްދާފައިވާނަމަ، އެއިން ކޮންމެ ކަމަކަށް ގޮތެއް ކަނޑައަޅާފައި އޮންނަންވާނެއެވެ.

20މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 526 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. " ދަޢުވާއެއްގައި، އެއް ކަމަކަށްވުރެ ގިނަ ކަންކަން ހިމެނޭނަމަ، މައްސަލައިގެ ޙުކުމް ކުރުމުގައި، އެއިން ކޮންމެ ކަމަކަށ ގޮތެއް ކަނޑައަޅާފައި އޮންނަންވާނެއެވެ. އަދި، އެއިން ކޮންމެ ނިންމުމަކަށް ފަނޑިޔާރު ވާސިލުވި ސަބަބު ބަޔާންކޮށްފައި އޮންނަންވާނެއެވެ. އަދި އެއްވެސް ޙާލެއްގައި، އެއް ކަމަކަށްވުރެ ގިނަ ކަންކަން ހިމެނޭ ދަޢުވާއެއްގައި، އެ ދަޢުވާއެއްގެ އެންމެ ނުކުތާއަކަށް ބިނާކޮށް ކޯޓުން ނިންމުމެއް ނިންމައިގެންނުވާނެއެވ."

21އިސްތިއުނާފު ފޯމުގައި ޔައްސި އިންވެސްޓްމަންޓްގެ ފަރާތުން ފާހަގަކޮށްފައިވަނީ، މަދަނު އިޖުރާއަތުގެ ޤާނޫނ ގެ 242 ވަނަ މާއްދާގެ ދަށުންހޯދަނ އެދުން ފަރުވާ ނަގައިދެވެން ނެތް ސަބަބު ދަށު ކޯޓުނ ފާހަގަކޮށްފައިނުވާކަމަށެވެ. އިސްތިއުނާފު ފޯމުގެ 7.3.3 ގައި ޔައްސި އިންވެސްޓްމަންޓް އިންވެސްޓްމަންޓްގެފަރާތުން ފާހަގަކޮށްފައިވަނީ އިސްތިއުނާފު ކުރެވޭ ނިންމުމުގައި ސިވިލް ކޯޓުނ ފާހަގަކޮށްފައިވާ އަންނަނިވި އިބާރާތެވެ. "..ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( އަށް ބަލާއިރު، މިޤާނޫނުގައި ޙުކުމް ތަންފީޛުކުރުމ ގުޅު ގޮތުން ވަކި ޚާއްސަ ބާބެއް ބަޔާންކޮށްފައި އޮންނަކަމާއި، އެއީ، މިޤާނޫނުގެޙުކުމ ތަންފީޛް ކުރުމާ ގުޅޭގޮތުން ވަކި ޚާއްސަ ބާބެއް ބަޔާންކޮށްފައި އޮންނަ ކަމާއި، އެއީ، މިޤާނޫނުގް"ބައްތިރީސް ވަން ބާބު" ކަމާއި، މިބާބުގައި ޙުކުމްތަންފީޛުކުރުމުގެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ޙައްޤުތަކާއި، އިލްތިޒާމްތަކާއި، ހިފެހެއްޓުމުންއިސްތިސްނާވެގެންވާ މުދަލާއި، މުދާ ހިފެހެއްޓުމުގެ އުސޫލުތަކާއި، ޙުކުމް ތަންފީޛުކުރުމުގައި މުދަލާއި މެދު ޢަމަލުކުރާނެ ގޮތް ތަފްސީލުކޮށް ބަޔާންކޮށްފައިވާއިރު، ވަގުތީ އަމުރަށޯއެދ ހުށަހަޅާ ފާމުގައި ވަގުތީ އަމުރަށް އެދެނީ ޙުކުމިތަންފީޛުކުރުމުގ ބައިގެ ދަށުން އައިސްފައިވާ ކޮށް މާއްދާތަކަކީ ޙަވާލާދީކަނ ބަޔާންކުރުމެއް ނެތެ، އަދި އެއިޖުރާއާތްތައ އެއް ފަރާތްކޮށް،ހަމައެކަނި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާއާ ޙަވާލާދީ، ދައުވާކުރާ ފަރާތްތަކުނ ހޯދުމަށް އެދިފައިވް ފަރުވާތައް" ޙުކުމް ތަންފީޛުކުރުމުގެ ގޮތުން ކުރިއަށްގެންދާ މިމައްސަލައިގައި ނަގައިދެވިދާނެކަމަށް ޝަރީޢަތަށް ޤަބޫލުނުކުރެވެއެވެ"

22މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ އިސްވެ ނަކަލުކުރެވުނު 261 ވަނަ މާއްދާގެ )ހ(ގެ 5 ނަންބަރުގައި ބަޔާންކޮށްފައިވަނ، ފަނޑިޔާރު ޙުކުމަށް ވާސިލުވި ސަބަބު ބަޔާންކޮށްފައި އޮންނަންވާނެކަމަށެވެ. އަދި 265 ވަނަ މާއްދގައާ ބަޔާންކޮށްފައިވަނީ،އެއްކަމަކަށވުރްގިނަ ކންކަމަށައެދޭ ޙެލަތުގައި އެއިން ކޮންމެ ކަމއެ ނިންމުމަށް ފަނޑިޔާރް ވާސިލުވި ސަބަބު ބަޔާންކުރަންވާނެކަމަށެވެ.

23HN5އިސްތިއުނާފަ ކުރެވު އަމުރަކީ، ޙުކުމް ތަންފީޛު މައްސަލައެއްގައިވަގުތީ އަމުރުކަށ އެދުމުން އެއަމުރ ނެރެދެވެން ނެތް ކަމަށް ފަނޑިޔާރުނިންމި ނިންމުމެކެވެ. އެދިފައިވާގޮތަށް އެއަމުރު ނެރެދެވެން ނެތް ކަމަށް ފަނޑިޔާރު ދެކޭ ސަބަބު 21 ވަނަ ޕެރެގްރާފްގައި ނަކަލުކުރެވިފައިވާދަށ ކޯޓުގު ފާހަގަކުރުމުން އެނގެއެވެ. އާހެންކަމުން، މިޙުކުމަށް ވާސިލުވި ސަބަބު ނޭނގޭކަމަށް ބުނެ އިސްތިއުނާފު ކުރާ ފަރާތުނ ހުށހަޅަ ހުށަހެޅުމަކީ، ހަމައެކަނި ބުނާ ބުނުމެކެވެ.އަދ އިސްތިއުނާފި ކުރު ފަރާތުގާ މިބުނުމަކުން އިސްތިއުނާފެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަންނަންޖެހޭ ސަބަބުތައް ޤާނޫނީ އުޞޫލުތަކާއި ހަމަތަކަށް ޙަވާލާދީ ސާފުކޮށް ދިނުމަށް އިސްތިއުނާފު ކުރާ ފަރާތުގެމައްޗަށ އޮތް ޒިންމާ އަދާކުރެވިފައިވާ ކަމުގައި ނުދެކެމެވެ.

ނިންމަން ފެންނަ ގޮތް

24އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން،ޔައްސި އިންވެސްޓްމަންޓގެ ފަރާތުނިހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާގައި އިސްތިއުނާފީ އޮޅިގަނޑުގިރާކުރާ ވަރުގެ ބަހުޘެއް ހުށަހަޅފިއިނުވާތީ، އިސްތިއުނާފީ މައްސަލައެއްގެ ގޮތުގައި މްމައްސަލަ ބަލައިގަނެ ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، މިޤަޟިއްޔާ ނިންމަން ފެނެއެވެ. ފަނޑިޔާރޙު ސައިން މަޒީދުގެ ރައުޔު :

25ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔު

26ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

27މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ.މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ހ(

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ