ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2025/HC-A/127

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ވ. އިންޓަރވޯލްޑް ޓްރެވެލް އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް

ދަށުކޯޓުގެ ނިންމުން ބާޠިލު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 27 ނޮވެމްބަރު 2025ދަށު ކޯޓު: ސިވިލް ކޯޓު 144-B7/VA/810-2025/2025/01ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 144-B7/VA/810-2025/2025/01
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ގަންނަ ފަރާތުން ކާރު ބަލައިނުގަނެ އެއްބަސްވުން ބާޠިލްކޮށްފައިވާ ޙާލަތެއްގައި، ކާރު ރައްކާތެރިކޮށް ބެލެހެއްޓުމާއި ސިޓީއަށް ޢަމަލުކުރުން މަޑުޖައްސާލުމަށް ގަންނަ ފަރާތަށް އަންގައި ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު، ވަގުތީ އަމުރު ނެރުމުގެ އުޞޫލުތަކާ އެއްގޮތްތޯ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށުކޯޓުގެ ވަގުތީ އަމުރު ބާޠިލު

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ވަގުތީ އަމުރެއް ނެރުމުގައި ސުޕްރީމް ކޯޓުގެ 2012/SC-A/21 (ނެކްސްބިޒް ލިމިޓެޑް ވ. އެންޓި ކޮރަޕްޝަން ކޮމިޝަން) ޤަޟިއްޔާގައި ކަނޑައަޅާފައިވާ ތިން ޝަރުޠު ފުރިހަމަވާން ޖެހެއެވެ: (1) ވަގުތީ އަމުރަށް އެދުމުގެ ޞިފަތު (Capacity) ލިބިގެންވުން؛ (2) ޤާނޫނީގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ފާޅުކަންބޮޑުކޮށް އޮތުން (Fumus boni juris)؛ (3) ވަގުތީ އަމުރު ނުނެރެ އަޞްލު ދަޢުވާ ލަސްވެއްޖެނަމަ ތަދާރުކު ނުކުރެވޭނެ، އިޢާދަ ނުކުރެވޭނެ ގެއްލުމެއް ކުރިމަތިވުން (Periculum in mora).

HN2 ދެފަރާތުގެ މެދުގައި ވެވުނު އެއްބަސްވުމާ ގުޅިގެން އުފެދުނު ޚުޞޫމާތެއްގައި، އެ އެއްބަސްވުމުގެ ފަރާތަކަށް ވަގުތީ އަމުރަށް އެދުމުގެ ޞިފަތު ލިބިގެންވެއެވެ.

HN3 ގަންނަ ފަރާތް މުދަލާ ހަވާލުވެފައިވާކަމުގެ ހެއްކެއް ނެތި، އެއްބަސްވުމުގެ މުއްދަތުގައި މުދާ ފޯރުކޮށްދީފައި ނުވާ ޙާލަތެއްގައި، ޝަރީޢަތް ނިމެންދެން އެ މުދާ ބެލެހެއްޓުމުގެ ޒިންމާ ގަންނަ ފަރާތުގެ މައްޗަށް މަތިކުރުމުގެ ޤާނޫނީ ހުއްޖަތެއް ނެތުމުން، Fumus boni juris ގެ ޝަރުޠު ފުރިހަމަ ނުވެއެވެ.

HN4 ފާޅުކަންބޮޑު މައުޟޫޢީ ޙައްޤެއް އޮތުމުގެ ޝަރުޠު ފުރިހަމަ ނުވާނަމަ، Periculum in mora ގެ ޝަރުޠަށް އިތުރަށް ރިޢާޔަތްކުރުމުގެ ބޭނުމެއް ނެތެވެ.

HN5 ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓުގައި ހަމައެކަނި އަމުރަށް އެދޭ ފަރާތަށް ކުރިމަތިވާ ގެއްލުމަށް ނޫން، މައްސަލައިގައި ހިމެނޭ އެންމެހާ ފަރާތްތަކަށް ލިބިދާނެ ގެއްލުން ވަޒަންކޮށް، ދެފަރާތުގެ މަޞްލަޙަތަށް ރިޢާޔަތްކޮށް ޢަދުލުވެރި ގޮތެއް ނިންމަންޖެހެއެވެ.

HN6 ދެފަރާތުގެ މެދުގައި އޮތް އެއްބަސްވުމާ ބީރައްޓެހި އައު ޒިންމާތަކެއް އުފަންވާ ގޮތަށް ވަގުތީ ފަރުވާއެއް ދެވިގެން ނުވާނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުސައިން މަޒީދު، ފާޠިމަތު ފަރްހީޒާ، ދީބާނާޒް ފަހުމީ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ފާޠިމަތު ފަރްހީޒާ، ދީބާނާޒް ފަހުމީ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1މޯލްޑިވްސް ޕޯޓްސް ލިމިޓެޑް)އެމް.ޕީ.އެލް( އަށް ކާރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށްއެމް.ޕީ.އެލް އިނ ކުރި އިއުލާނަކާގުޅިގެނ ބިޑް ހުށަހަޅާ، އިންޓަރވޯލްޑ ޓްރެވަލް އެންޑް ޓްރޭޑިންގ ޕްރައިވެޓ ލިމިޓެޑް )މީގެ ފަހުން "އިންޓަރވޯލްޑް"( އިން ބިޑް ކާމިޔާބުކުރިއެވެ.

2އާ ބިޑް ކާމިޔާބުކުރުމާގުޅިގެން، މަޒްޑ 3 މޮޑެލްގެ އައު ކާރެއް ސަޕްލައިކޮށްދިނުމާ ގުޅޭގޮތުން އެމް.ޕީ.އެލް އާއުއިންޓަރވޯލްޑއ ދެމެދާ 1 އެޕްރީލް 2024 ދުވަހު އެއްބަސްވުމެއް ވެފައިވެއެވެ.

3އެއްބަސްވުމާ އެއްގޮތަށް 2024 އޮގަސްޓު މަހުގެ ތެރޭގައި ކާރު ފޯރުކޮށްދީފައިވާ ކަމަށް އިންޓަރވޯލްޑުން ފާހަގަކުރެއެވެ.

4އެމް.ޕީ.އެލް އިން ފާހަގަކޮށްފައިވަނީ އެއްބަސްވުމުގައިވާ ކާރު ސަޕްލައިކޮށްދިނުމުގެ މުއްދަތު ހަމަވީފަހުން އެމް.ޕީ.އެލގ ބެލުމުގެ ދަށުގައިވާ ނޯރތު ހާބަރ ސަރަހައްދުގައ އިންޓަރވޯލްޑުން ކާރު ބޭއްވި ނަމަވެސް ކާރު ހަވާލުވެފައިނުވާކަމަށެވެ. އެގޮތުން ކާރުގެ ތަޅުދަނޑިއާއި ލިޔެކިޔުން ހުރީ އިންޓަރވޯލްޑްގެ ހަވާލުގައި ކަމަށެވެ. މިކަމާމެދު އިންޓަރވޯލްޑްގެ އިންކާރެއް ނެތެވެ.

5އެއްބަސްވުމުގައިވާ މުއްދަތުގައި ކާރު ފޯރުކޮށްދީފައިނުވާކަމަށާއ އެއްބަސްވުމުގައި ބަޔާންކުރާގޮތުން އެއްބަސްވުން ބާޠިލްކުރެވޭނެ ހާލަތެއް ވުޖޫދުވެފައިވާ ކަމަށާއި ކާރު ބަލައިނުގަންނ ކަމަށަ ބަޔާންކޮށް . ރަޖިސްޓްރީ ނަންބަރ 0846/2008-C . އެމް.ޕީ.އެލް ގެ ނަންބަރު PD/1/2024/19-(IUL)113 އިއުލާން . ރަޖިސްޓްރީ ނަންބަރު 016/1993-C . އެއްބަސްވުން ނަންބަރު 36-2024-PRIV-PD-(AGR)113 އެމް.ޕީ.އެލް އިން އިންޓަރވޯލްޑަށް 2024 ނޮވެންބަރު މަހުގެ ތެރޭގައިސިޓީ ފޮނުވާފައިވެއެވެ. މި ސިޓީ ފޮނުވުނު ކަމާމެދު ޚިލާފެއް ނެތެވެ.

6ބުނެވުނުސިޓީ ފޮނުވުމުން އެމް.ޕީ.އެލްގެ މައްޗަށިއިންޓަރވޯލްޑުނ ސިވިލް ކޓުގައާދައުވާ ކުރިއެވެ. ދައުވެގައި ބަޔާންކޮށްފައިވަނީ ދެފަރާތުގެ މެދުގައި ވެވުނު އެއްބަސްވުމާ އެއްގޮތަށް ކަނޑައެޅުނު މުއްދަތުގައި ކާރު ފޯރުކޮށްދިނުމުން، ކާރާ ހަވާލުވުމަށް އެމް.ޕީ.އެލް އިން އިއުތިރާޟްކޮށް ދައުވާކުރުމާހަމައަށްވެސް ކާރުގ އަގު އަދާކޮށްފައިނުވާކަމަށެވެ. އެހެންކަމުނެކާރާގ އަގަށްވ 1,470,000.00ރ. )އެއްމިލިއަން ހަތަރުލައްކަ ހަތްދިހަހާސް ރުފިޔާ( އާއި މައްސަލި ޝަރީޢަތަށް ހުށަހަޅަންޖެހުމުން ޚަރަދުވި 0,000.0051ރ. )އެއްލައްކަ ފަންސާސްހާސް ރުފިޔާ( ހޯދުމަށެ އެދި ދައުވާކުރުކަމަށާ ވެ. އެ މައްސަލަ ބަލަމުންދަނީ ސިވިލް ކޯޓުގެ ނަންބަރ 810-CVC-2025 ޤަޟިއްޔާގައެވެ.

7އެ ޤަޟިއްޔާގެ ތެރެއިން އިންޓަރވޯލްޑުން ވަގުތީ އަމުރަކަށް އެދުނެވެ.އެގޮތުން އެދިފައިވަނީ އެމް.ޕީ.އެލް އިން ފޮނުވި ސިޓީ އަށް ޢަމަލުކުރުން މަޑުޖައްސާލުމަށާއި ކާރަށ ގެއްލުން ނުވާގޮތަށް ރައްކާތެރިކަމާއެކ ބެލެހެއްޓުމަށާއި ކާރު މިހާރު އޮތް ތަނުން އެހެން ތަނަކަށް ގެންދާނަމަ އިންޓަރވޯލްޑްއަށ އެނގިގެން ނޫން ގޮތަކަށ އެތަނުން ނުނެގުމަށް އެމް.ޕީ.އެލް ގެ މައްޗަށް އަމުރުކޮށްދިނުމަށެވް.އިންޓަރވޯލްޑުން އެދުނުފަދައިން ސިވިލް ކޯޓުނ ވަގުތީ އަމުރު ނެރެދީފައިވެއެވެ.

8އ ވަގުތީ އަމުރާމެދު ހިތްހަމަނުޖެހިގެން އެމް.ޕެ.އެލީގެ ފަރާތުން އެވަގުތު އަމުރު ދިވެހިރާއްޖޭގ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައ އިސްތިއުނާފު ރައްދުވަނީ އިންޓަރވޯލްޑްގ މައްޗަށެވެ. . ސިވިލް ކޯޓުގެ ނަންބަރު 2025/2025/01-B7/VA/810-144 ވަގުތީ އަމުރު . އިންޓަރވޯލްޑް ޓްރެވަލް އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް އިސްތިއުނާފީ ނުކުތާ

9ސިވިލް ކޯޓުގެ ނަންބަރު 144-B7/VA/810-2025/2025/01 ވަގުތީ އަމުރުއިސްތިއުނާފުކުރަމުން އެމް.ޕީ.އެލްގެ ފަރާތުން ހުށަހަޅާފައިވަނީ 1 )އެކެއް( ނުކުތާއެވެ. • އެ ނުކުތާ އަކީ:ވަގުތީ އަމުރއެ ނެރުމުގައި ބަލަންޖެހޭކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ނަންބަރ 2012/SC-A/21 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވ އުސޫލުތަކާ ޚިލާފަށާ އަދި ގަނެވިއްކުމުގެ މުޢާމަލާތުތަކުގައި މުދާ ހަވާލުކުރެވެންދެން އެ މުދަލެއް ބެލީހެއްޓުމަކީ އެ މުދަލެއް ވިއްކާ މީހާގެ ޒިންމާއެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ 2019/SC-A/52 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލާއި، ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަން މާއްދާގަ )ހ( ގައި ބަޔާންކޮށްފައިވާ އާންމު ޤާއިދާއާއި، ވަކި މުދަލެއް ވަކި މުއްދަތެއްގައި ސަޕްލައިކޮށްދިނުމަށ ކޮންޓްރެކްޓް ކުރެވިފައިވާ ހާލަތުގައި އެމުއްދަތު ތެރޭގައި އެ މުދަލެއް ސަޕްލައިކޮށެފައިނުވާނަމ މުދާ ބަލައިނުގަތުމުގެ އިޚްތިޔާރު ގަންނަފަރާތަށ އޮންނަކަން ދިވެހިރާއްޖޭގެ ހައިކޯޓުގ 2019/HC-A/459 ޤަޟިއްޔއިނާ އެނގެން އޮންން އުސޫލާ ޚިލާފުވުމާއި، ވަގުތީ އަމުރަކީ ވަގުތީ ފަރުވާއެއްކަމާއި، ވަގުތީ ފަރުވާއެއް ދޭންވާނީ ޟަރޫރީ ހާޖަތެއް އޮވެ، އެ ހާޖަތެއްގ ބޭނުމުގެ މިންވަރަށްކަމާއި، ވަގުތީ ފަރުވާއެއްގެ ތެރެއިން އައު ޒިންމާތަކެއް އުފަންކޮށ ޝަރީޢަތަށް އައިއރ އޮތު ހާލަތް )status quo( ބަދަލުކޮށް އެއްފަރާތުގެ ކިބައިން އަނެއްފަރާތުގެ މައްޗަށް ޒިންމާތަކެއް ބަދަލުކުރުމަކީ ޢަދުލުއިންސާފުގެ ހަމަތަކާ ޚިލާފކަމެއ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.

އިސްތިއުނާފުކުރާ ފަރާތުގެ ވާހަކަ

10އިސްތިއުނާފީނުކުތާއ ގުޅިގެނާ އެމް.ޕީ.އެލްގެ ފަރާތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނ އެއްބަސްވުމާ އެއްގޮތަށް ކާރު ފޯރުކޮށްދީފައިނުވާތ، ކާރު ބަލައިނުގަނެވޭނެކަން އަންގައިއެއްބަސްވުން ބާޠިލްކޮށްފައިވާއިރު، ކާރު ބެލެހެއްޓުމުގެ ޒިންމާ ވަގުތީގޮތުން ނަމަވެސް މަތިވާ ގޮތަށް އައު ޒިންމާތަކެއް މަތިކޮށް ވަގުތީ އަމުރު ނެރެފައިވަނީ ވަގުތީ އަމުރު ނެރުމުގެ އުސޫލުތަކާ ޚިލާފަށް ކަމަށްވެ. އެގޮތުން އެ ކާރު ހަވާލުވެފައިނުވާކަމަށާއި ކާރުގެ ތަޅުދަނޑިއާއި ލިޔެކިޔުންވެސ ހުރީ އިންޓަރވޯލްޑްގެ ބެލުމުގެދަށުގައި ކަމަށެވެ. އެހެންކަމުން ވަގުތީ ފަރުވާއެއް ދޭންޖެހޭފަދްހާލަތެއ ނެތް ކަމަށެވެ. ހަމައެހެންމެ މުދާ ހަވާލުކުރެވެންދެން އެ މުދަލެއް ބެލެހެއްޓުމަކީ އެ މުދަލެއް ވިއެކާ މެހާގެ ޒިންމާއެއްކަމަށް ދިވެހިރާއްޖޭގ ސުޕްރީމް ކޯޓުގ 2019/SC-A/52 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަމަށެވެ. ހަމައެހެންމެ ވަކި މުއްދަތެއްގައި މުދާ ސަޕްލައިކޮށްދިނުމަށ ކޮންޓްރެކްޓް ކުރެވިފައިވާ ހާލަތުގައި އެމުއްދަތު ތެރޭގައި އެ މުދަލެއް ސަޕްލައިކޮށްފައިނުވާނަމ މުދަ ބަލައިނުގަތުމުގެ އިޚްތިޔާރު ގަންނަފަރާތަށ އޮންނަކަން ދިވެހިރާއްޖޭގ ހައިކޯޓުގެ 2019/HC-A/459 ޤަޟިއްޔއިނާ އެނގެން އޮންނަކަމަށެވެ. އެހެންކަމުނ މި މައްސަލައިގައި ވަގުތީ އަމުރް ނެރެފައިވަނީ މި އެންމެހާ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.

އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް

11އިސްތިއުނާފުކުރެ ފަރާތުން އެދިފައިވަނީ ދަށުކޯޓުގެ ވަގުތީ އަމުރު ބާޠިލްކޮށްދިނުމަށެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުގެ ވާހަކަ

12ޖަވާބުގައި އިންޓަރވޯލްޑްގެ ފަރާތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ މި މައްސަލައިގައި ދަށުކޯޓުން ވަގުތީ އަމުރު ނެރެފައިވަނީ ވަގުތީ އަމުރު ނެރުމުގެ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އެގޮތުން އެއްބަސްވުމާ އެއްގޮތަށް ކާރު ފޯރުކޮށްދީފައިވާ ހާލަތުގައި އެ ކާރު ބެލެހެއްޓުމުގެ ޒިންމާ އޮންނަންވާނީ އެމް.ޕީ.އެލްގެ މައްޗަށް ކަމަށެވެ. ސަބަބަކީ ކ ރ ބަލައިނުގަތުމުގެ ހާލަތެއް މެދުވެރިވެދާނެކަނ ކުރިން ތަސައްވަރުކުރެވިފައިނުވާތީ ކާރު ރައްކާތެރިގޮތުގައި ބާއްވާނެ ގަރާޖެއ ނުވަތް އެހެންވެސް ތަނެއް ހަމަޖެހިފައިނުވާތީ ކަމަށެވެ. އަދިއެމް.ޕީ.އެލްގެ ފަރާތުން ކާރުގެ ތަޅުދަނޑިއާ ހަވާލުވެފައި ނުވިނަމަވެސް ކިރާ މިހާރު އޮތު އެމް.ޕީ.އެލްގެ ބެލުމުގެ ދަށުގައިވާ ސަރަހައްދެއްގައެކަމަށެވެ.ކާރު ބޭއްވީ އެމް.ޕީ.އެލްގެ މުވައްޒަފަކު ދެއްކި ތަނެއްގައި ކަމަށެވެ.

އިސްތިއުނާފުރައްދުވާ ފަރާތުން އެދޭގޮތް

13އިސްތިއުނާފުރައްދުވ ފަރާތުން އެދިފައިވަނީ ދަށުކޯޓުގެ ވަގުތީ އަމުރު ދަމަހައްޓައިދިނުމަށެވެ. ވަގުތީ އަމުރު ނެރުމުގައި ޝަރީޢަތުން ރިޢާޔަތްކުރަންޖެހޭ އަސާސީ ކަންކަން:

14HN1މ މައްސަލައިގެ އިސްތިއުނާފީ ނުކުތާގައި ހަވާލާދީފައިވާ ނެކްސްބިޒް ލިމިޓެޑް ވ. އެންޓި ކޮރަޕްޝަން ކޮމިޝަނީމައްސަލައިގައި ވަގުތީ އަމުރު ނެރުމުގައި ޝަރީޢަތުން ރިޢާޔަތް ކުރަންޖެހޭ އަސާސީ 3 ޝަރުޠެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައި ވެއެވެ. މިއުސޫލުތައް އެހެން ޤަޟިއްޔާތަކުގައިވެސް ތަކުރާރުވެފައިވެއެވެ. އެ ޝަރުޠުތަކަކީ؛

14.1. ވަގުތީ އަމުރަށް އެދޭ ފަރާތަށް އެފަދައިން ވަގުތީ އަމުރަށް އެދުމުގެ "ޞިފަތު" (Capacity) ނުވަތަ ޙައިޘިއްޔަތު ލިބިގެންވުން، . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާ

14.2. ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ފާޅުކަންބޮޑު ގޮތެއްގައި އޮތުން )Fumus boni juris(،

14.3. ވަގުތީ އަމުރު ނެރުމަކާނުލ އަޞްލާ މައުޟޫޢު ދަޢުވީ ލަސްވެގެން ހިނގައްޖެނަމަ ތަދާރުކު ނުކުރެވޭފަދަ އަދި އިޢާދަ ނުކުރެވޭފަދަ ނުރައްކަލަކާއި ނުވަތަ ގެއްލުމަކާއި އެ ދަޢުވާއާއި ގުޅިގެނ ވަގުތީ އަމުރަށް އެދޭ ފަރާތުން ކުރިމަތިލާން ޖެހުން Periculum in mora)( މިއެވެ.

އުސޫލުތައް ތަޠުބީޤުކުރުން

15މި މައްސަލައިގައި އިސްތިއުނާފުކުރެވިފައިވާ ވަގުތީ އަމުރުގައި ދަށުކޯޓުން އެމް.ޕީ.އެލްގެ މައްޗަށް ލާޒިމްކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.

15.1. އެމް.ޕީ.އެލް އިން ފޮނުވި ސިޓީ އަށް ޢަމަލުކުރުން މަޑުޖައްސާލުން،

15.2. ކާރަށް ގެއްލުން ނުވާގޮތަށް ރައްކާތެރިކަމާއެކު ބެލެހެއްޓުން،

15.3. ކާރު މިހާރު އޮތް ތަނުން އެހެން ތަނަކަށް ގެންދާނަމަ އިންޓަރވޯލްޑ އަށް އެނގިގެން ނޫން ގޮތަކަށް އެތަނުން ނުނެގުން، މިއެވެ.

ވަގުތީ އަމުރަށް އެދުމުގެ "ޞިފަތު" (Capacity

16ވަގުތީ އަމުރަށް އެދޭ ފަރާތަށް އެފަދައިން ވަގުތީ އަމުރަށް އެދުމުގެ "ޞިފަތު" (Capacity) ނުވަތަ ޙައިޘިއްޔަތު ލިބިގެންވެމުގެ ޝަރުތު ފުރިހަމަވކަމަށ ބަޔާންކޮށް ދަށް ކޯޓުނު ފާހަގަކޮށްފައިވަނީ ވަގުތީ އަމުރުގެ

10.3.1 ވަނަ ނުކުތާގައެވެ.އެގޮތުން ވަގުތީ އަމުރަކަށް އެދިފައިވަނީ ދެފަރާތުގެ މެދުގައި ވެވުނު އެއްބަސްވުމާ ގުޅިގެން ގެނެވުނު ކާރު ޤަބޫލުނުކޮށް އެއްބަސްވުން ނިމުމަކަށް ގެނެސް ނޯތު ހާބަރުން ކާރު ނެގުމަށް އެންގުމާ ގުޅިގެން ކަމަށްވާތީ، ވަގުތީ އަމުރަށް އެދުމުގެ "ޞިފަތު" އިންޓަރވޯލްޑ އަށް ލިބިގެންވާކަމަށް ދަށުކޯޓުން ބަޔާންކޮށްފައިވެއެވެ.

17HN2މ މައްސަލައިގައި ދެފަރާތުގެ މެދުގައި ޚުސޫމަތު އުފެދިފައިވަނީ ދެފަރާތުގެ މެދުގައި އޮތް އެއްބަސްވުމާ ގުޅާ ގެންނެވެ. އެއްބަސްވުމުގެ ދަށުން އެމް.ޕީ.އެލް އަށް ކާރު ފޯރުކޮށްދިނުމުގެ ޒިންމާ އޮތީފަރްތަކ އިންޓަރވޯލްޑްކަނ އެއްބަސްވުމުން އެނގެއެވެ. އަދި ޚުސޫމަތު އުފަންވެފައިވަނީ އިންޓަރވޯލްޑުން ކާރު ގެނައުމުން އެމް.ޕީ.އެލް އިންކާރާ ހަވާލުނުވެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް މަސައްކަތްކުރުމުން ކަން އެނގެން އޮވެއެވެ. އެހެންކަމުން ދަށުކޯޓުން ފާހަގަކޮށްފައިވާ ފަދައިން އިންޓަރވޯލްޑްގެ ކިބައިގައުވަގުތީ އަމުރަށް އެދުމުގެ ސިފަތު ފުރިހަމަވާކަމަށް އަހުރެންނަށް އެއްބަސްވެވެއެވެ. ޤާނޫނީގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ފާޅުކަންބޮޑު ގޮތެއްގައި އޮތުން

18ދެން އޮތީވަގުތީ އަމުރަށް އެދޭ ފަރާތަށްޤާނޫނީގޮތުނ ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ފާޅުކަންބޮޑު ގޮތެއްގައި އޮތުން )Fumus boni juris(، މ ޝަރުތު ފުރިހަމަވޭތޯ ބެލުމެވެ.

19މި ޝަރުތު ގުޅިގެނާ ދަށުކޯޓުންފާހަގަކޮށްފައިވާ ނުކުތާތއ ބަޔާންކޮށްފައިވަނީ 10.1 ވަނަ ނުކުތާގެ ދަށުންނެވެ. އެގޮތުން މައިގަނޑުގޮތެއްގައި ދަށުކޯޓުން ފާހަގަކޮށްފައިވަނީޚުސޫމަތަކީ އެއްބަސްވުމާ ގުޅިގެން ގެނެވުނު ކާރު ގުޅާ ޚުސޫމަތަކަށް ވާއިރު، އަދި އިންޓަރވޯލްޑުން ކާރު ގެނެސް 2024 އޮގަސްޓް މަހުގައި އެމް.ޕީ.އެލްގެ ބެލުމުގެ ދަށުގައި ކާރު ބާއްވާފައިވާކަނ އެނގެން އޮތް އިރު އަދި އެއްބަސްވުން ބާޠިލްކޮށް އެމް.ޕީ.އެލްގެ ފަރާތުން ސިޓީ ފޮނުވި ތާރީޚަކީ 24 ނޮވެންބަރު 2024 ކަމުގައިވާތީ އިންޓަރވޯލްޑަށް ޤާނޫނީގޮތުން ޙިމާޔަތްލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ފާޅުކަންބޮޑު ގޮތެއްގައި އޮތު މުގެ ޝަރުތު ފުރިހަމަވާކަމށެވެ.

20HN3މ މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ވާހަކަދެއްކި އިރު، ދެފަރާތުންވެސް އިއްތިފާޤުވ އެއި ނުކުތާއަކީ އެމް.ޕީ.އެލް އިންކާރާ ހަވާލުވާން އިންކާރުކޮށް ކާރުގ ތަޅުދަނޑިއާ ހަވާލުވެފައިނުވާކަމެވެ. އަދި ކާރު ނޯރތު ހާބަރުގައި ބާއްވާފައިވަނީ އެއްބަސްވުމުގައި ބަޔާންކުރާ މުއްދަތު ހަމަވިފަހުންކަމާމެދު ދެފަރާތުގެ މެދުގައި ޚިލާފެއް ނެތެވެ.ހަމައެހެންމެ،އެފަދައިނު ނޯރތު ހ ބަރުގައ ކާރ ބާއްވާފައިވަނީ އެމް.ޕީ.އެލްގެ ރުހުމުގައި އެފަދަ ހުއްދައެއް ދިނުމުގެ ހުއްދަ އޮތް ފަރާތަކުން ދިން ހުއްދައާއެކު ކަން އެނގޭ ހެއްކެއް މި މައްސަލައިގައި ފެންނާކަށް ނެތެވެ. މިކަމުގައި އޮތީ އިންޓަރވޯލްޑްގެ ބުނުމެއްކަން ފާހަގަކުރަމެވެ. އަދި ކާރުގެ ތަޅުދަނޑިއާއި ކާރު ގުޅާ ލިޔެކިޔުންތަކާ އެމް.ޕީ.އެލް އިން ހަވާލުވެފައިނުވާކަމާމެދު ޚިލާފެއް ނެތަތީ، ޙަޤީޤތުގައްއެއް އިރެއްގައިވެސް އެމް.ޕީ.އެލް އިން އެ ކާރާ ހަވާލުވެފައިވާކަމަށް ބެލެވޭނެ ހެއްކެއް މިހިނދުގައި މައްސަލައިގައި ފެންނާކަށް ނެތެވެ.

21އެހެންކަމު ން މި މައްސަލައިގައި ފާޅުކަންބޮޑުގޮތެއްގައި ފެންނަން އޮތް ޙަޤީޤަތަކީ އެއްބަސްވުމުގައިވާ އަސާސީ މުއްދަތުގައި ކާރު ފޯރުކޮށްދީފައިނުވާކަމާއި،އެކާރަކީ އެމް.ޕީ.އެލް އިން ރުހުމުގައި ހަވާލުވި އެގޮތުގެމަތިން ނޯރތު ހާބަރުގައ ބާއްވާފައި އޮތި ކާރެއް ނޫންކަމެވެ. އަދި އެކާރާ އެމް.ޕީ.އެލް އިން ހަވާލުވެފައ ނުވާކަމެވެ.ކަންމިހެނ އޮތް އިރު، ކާރާ ހަވާލުވުމާމެދު އަދި އެއްބަސްވުމާމެދު ޚުސޫމަތު އުފެދިފައިވާ މި ހާލަތުގައ ޝަރީޢަތުގައި އޮތި މައްސަލް ނިމެންދެން އެ ކާރު ބެލްހެއްޓުމުގެ ޒިންމާ އެމް.ޕީ.އެލަގެ މައްޗަށ މތިކުރެވެންޖެހޭ ޤާނޫނީ ހުއްޖަތެއް ނެތެވެ. އެހެންކަމުން ދެފަރާތުގެ މެދުގައި އޮތް އެއްބަސްވުމާއި މިހާރުގެ ހާލަތަށް ބަލައި،އިންޓަރވޯލްޑްއަށިޤާނޫނީގޮތުނ ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ފާޅުކަންބޮޑު ގޮތެއްގައި ފެންނާކަށް ނެތެވެ.

22HN4މ ޝަރުތު ފުރިހަމަވެފައިނުވާތީ ވިގުތީ އަމުރު ނެރުމަކާނުލ އަޞްލާ މައުޟޫޢު ދަޢުވީ ލަސްވެގެނަ ހިނގައްޖެނަމަ ތަދާރުކު ނުކުރެވޭފަދަ އަދި އިޢާދަ ނުކުރެވޭފަދަ ނުރައްކަލަކާއި ނުވަތަ ގެއްލުމަކާއި އެ ދަޢުވާއާއި ގުޅިގެން ވަގުތީ އަމުރަށް އެދޭ ފަރާތުން ކުރިމަތިލާން ޖެހާމުގެ ޝަރުތާމެދުއިތުރަށް ރިޢާޔަތްކުރުމުގެ ބޭނުމެއް މިހިނދުގައި ނެތެވެ. ބެލެންސް އޮފް ކޮންވީނިއަންސް) balance of convenience( ޓެސްޓު

23HN5HN6ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓް ސަރވިސް )މޯލްޑިވްސ ޕްރައިވެޓް ލިމިޓެޑް( ޤަޟިއްޔާގައި ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ، ކުރިމަތިވެދާނެ ކަމަށް ލަފާކުރާ ނުރައްކަލާއި ގެއްލުން ވަޒަންކުރާއިރު، ހަމައެކަނި އަމުރަށް އެދޭ ފަރާތަށް ކުރިމަތިވެދާނެ ނުރައްކަލާއި ގެއްލުމަށް ބެލުމަކީ ހަމަޖެހޭ ކަމްކަށްނުވާނެކަމަށާއި، ބެލެންސް އޮފް ކޮންވީނިއަންސް)balance of convenience( ޓްސްޓުގައ މައްސަލައިގައި ހިމެނި އެންމެހާ ފަރާތްތަކަށް ލިބިދާނެ ގެއްލުން ވަޒަންކުރަންޖެހޭނެކަމުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން ވަގުތީ އަމުރު ނެރުމުގައި، ދެފަރާތުގެ މަސްލަހަތަށްވެސ ރިޢާޔަތްކޮށް ޢަދުލުވެރި ގޮތެއް ނިންމަންޖެހެއެވެ. އަދި ދެފަރާތުގެ މެދުގައި އޮތް އެއްބަސްވުމާ ބީރައްޓެހި އައު ޒިންމާތަކެއް އުފަންވާގޮތަށް ވަގުތީ ފަރުވާއެއް ދެވިގެން ނުވާނެއެވެ.

ނިންމަން ފެންނަގޮތް

24އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 2025/2025/01-B7/VA/810-144 ވަގުތީ އަމުރު ބާޠިލްކޮށް މި މައްސަލަ ނިންމަން ފެނެއެވެ. . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/101 ޤަޟިއްޔާ

ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު؛

25ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔު؛

26ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެނ ތާއީދުކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

27މިޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށެ ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގްހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 )ތިރީސް( ދުވަހެވެ.އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ.އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ހ( . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ށ( . ޤާނޫނު ނަންބަރ 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ނ(

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ