ޒުލްފީނާ ރަޝީދު ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 144-BHD-CR1/VN/2022/01
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ހުޅުމާލޭގެ ބިންތައް ވިއްކުމަށް ކުރި އިޢުލާނެއް ހުއްޓުވުމަށް އެދުނު ވަގުތީ އަމުރު، މައްސަލަ ހުށަހެޅުމުގައި ލަސްވުމުގެ ސަބަބުން ހިމާޔަތްކުރަންޖެހޭ މައުޟޫޢީ ޙައްޤެއް ނެތްކަމަށް ބުނެ ސިވިލް ކޯޓުން ނުނެރުމަކީ ރަނގަޅު ނިންމުމެއްތޯ؛ އަދި ތަދާރުކު ނުކުރެވޭ ގެއްލުމާއި ބެލެންސް އޮފް ކޮންވީނިއަންސްގެ މިންގަނޑުން އަމުރު ނެރެންޖެހޭތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިވަގުތީ އަމުރު ނުނެރެ ދަށުކޯޓުގެ ނިންމުން ޤާއިމް (މައުޟޫޢީ ޙައްޤާ ބެހޭ ދަށުކޯޓުގެ ސަބަބާ ޚިލާފުވެ، ބެލެންސް އޮފް ކޮންވީނިއަންސްގެ މައްޗަށް)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ވަގުތީ އަމުރު ނެރުމުގައި ރިޢާޔަތްކުރަންޖެހޭ އަސާސީ 3 ޝަރުޠަކީ: އަމުރަށް އެދޭ ފަރާތަށް އެދުމުގެ ޞިފަ/ޙައިޘިއްޔަތު ލިބިގެންވުން، ޤާނޫނީ ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ފާޅުކަންބޮޑު ގޮތެއްގައި އޮތުން، އަދި އަމުރު ނުނެރެ މައުޟޫޢީ ދަޢުވާ ލަސްވެއްޖެނަމަ ތަދާރުކު ނުކުރެވޭ އަދި އިޢާދަ ނުކުރެވޭ ގެއްލުމަކާ ކުރިމަތިލާން ޖެހުމެވެ.
HN2 ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓްގައި މައްސަލައިގައި ހިމެނޭ އެންމެހައި ފަރާތްތަކަށް ލިބިދާނެ ގެއްލުން ވަޒަންކުރަންޖެހެއެވެ.
HN3 ވަގުތީ އަމުރެއްގައި ހިމާޔަތްކުރަންޖެހޭ މައުޟޫޢީ ޙައްޤެއް އޮތްތޯ ބަލަނީ މައުޟޫޢީ ދަޢުވާއަށް ގޮތެއް ނިންމުމެއް (ޕްރީޖަޖްކުރުމެއް) ނޫން ގޮތަކަށް، ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ރަނގަޅު ވާޤިޢީ ނުވަތަ ޤާނޫނީ މައްސަލައެއް ޕްރިމާ ފޭސީ (ފުރަތަމަ ނަޒަރު) މިންގަނޑުން ޤާއިމުކޮށްދެވިފައިވޭތޯއެވެ. ބިޑް ކާމިޔާބުކުރި ފަރާތަކަށް އެ ޙައިޘިއްޔަތުން މައުޟޫޢީ ޙައްޤެއް އުފެދެއެވެ.
HN4 މައްސަލަ ހުށަހެޅުމުގައި ނުވަތަ ވަގުތީ އަމުރަށް އެދުމުގައި ލަސްވުމަކީ އަމުރު ނެރެންޖެހުމުގެ އިޙްތިމާލު ކުޑަވާ ކަމެކެވެ. އެކަށީގެންވާ ސަބަބަކާ ނުލައި އެކަށީގެންނުވާ ދިގު މުއްދަތަކަށް ޙައްޤު މަތީގައި ނިދާފައިވާ ފަރާތަކަށް ވަގުތީ އަމުރުގެ ފަރުވާ ދިނުމުގައި، އަމުރު ރައްދުވާ ފަރާތުގެ ޙައްޤުތަކަށް ރިޢާޔަތްކޮށް ކޯޓުތަކުން ފަރުވާތެރިވުން މުހިއްމެވެ.
HN5 މައްސަލަ ހުށަހެޅުމުގައި ލަސްވި ނަމަވެސް، މައުޟޫޢާ ގުޅޭ ސަބްޖެކްޓް މެޓަރަށް ޙަޤީޤީ ބިރެއް އޮތްކަން އެނގުނީ މައްސަލަ ކޯޓުގައި ހިނގަމުންދަނިކޮށް ކަމަށާއި، އެކަން އެނގުމުން އެކަށީގެންވާ ލަހަކާ ނުލައި ވަގުތީ އަމުރަށް އެދިފައިވާނަމަ، މައްސަލަ ހުށަހެޅުމުގައި ވި ލަހަކީ ހިމާޔަތްކުރަންޖެހޭ މައުޟޫޢީ ޙައްޤު ނެތިދާނެ ކަމެއް ނޫނެވެ. އެހެންކަމުން މައުޟޫޢީ ޙައްޤެއް ނެތްކަމަށް ދަށުކޯޓުން ނިންމީ ރަނގަޅަށް ނޫނެވެ.
HN6 ތަދާރުކު ނުކުރެވޭ ގެއްލުމަކީ ފޫނުބެއްދޭ ވަރުގެ، ނުވަތަ އިޞްލާޙުކޮށް ރަނގަޅު ނުކުރެވޭނެ ގެއްލުމެވެ. އެކަށީގެންވާ ފަރުވާއެއްގެ ގޮތުގައި ގެއްލުމުގެ ބަދަލު ދެވޭނަމަ، ދަޢުވާ ކިތަންމެ ވަރުގަދަ ކަމަށް ފެނުނު ނަމަވެސް ޢާންމުކޮށް ވަގުތީ އަމުރު ނެރުމަށް ހުރަސްއެޅޭނެއެވެ؛ ވަގުތީ އަމުރު ނެރެވެނީ ގެއްލުމުގެ ބަދަލު އެކަށީގެން ނުވާ ޙާލަތްތަކުގައެވެ.
HN7 ބެލެންސް އޮފް ކޮންވީނިއަންސްއަށް ބަލާއިރު، އަމުރު ނެރުމުން ތިންވަނަ ފަރާތްތަކުގެ (ބިޑަށް ކުރިމަތިލީ ފަރާތްތަކުގެ) ޙައްޤުތަކަށާއި އަމުރު ރައްދުވާ ފަރާތަށް ލިބޭ ގެއްލުން، އަމުރު ނުނެރުމުން އެދޭ ފަރާތަށް ލިބޭ ގެއްލުމަށްވުރެ ބޮޑުނަމަ، އަމުރު ނެރުން މުހިއްމެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ފަނޑިޔާރު ފާޠިމަތު ފަރްހީޒާ، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު
ތަޢާރުފު
1މިއީ، ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު CR1/VN/2022/01-HDB-144 "ވަގުތީ އަމުރާއިމެދު ނިންމިގޮތް" ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފކުރުމަށް އެދު ކ. މާލެ، […] / ޒުލްފީނާ ރަޝީދުގެ ފަރާތު ން އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބެލުނު މައްސަލައެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަ ލިމިޓެޑްއެވެ.
ކަންހިނގާފައިވާ ގޮތް
2ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ދަޢުވާ ރައްދުވާ ގޮތަށް ކ. މާލެ، […] / ޒުލްފީނާ ރަޝީދުގެ ފަރާތުން 20 މޭ 2021 ގައި ސިވިލް ކޯޓަށް މައްސަލަ އެއް ހުށަހަޅާފައިވެއެވެ. އެ މައްސަލައިގެ ޤަޟިއްޔާ ނަންބަރަކީ 21HD/20-C-Cv/159 އެވެ.
3ސިވިލް ކޯޓަށް ހުށަހެޅިފައިވާ ދަޢުވާގައި ޒުލްފީނާ ރަޝީދުގެ ފަރާތުން ފާހަގަކޮށްފައިވަނީ އަންނަނިވި ކަންތައްތަކެވެ.
1.3. ހުޅުމާލެ ދެވަނަ ފޭސް އިން ބިން ދޫކުރުމަށް 04 ޖަނަވަރީ 2017 ގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ކުރި އިޢުލާނާ ގުޅިގެން ބިޑް ކާމިޔާބުކުރި 42 ފަރާތެއް ކަނޑައަޅައި ޝޯޓު ލިސްޓްކުރެވިފައި ވާކަމަށެވެ. އަދި މީގެ ތެރެއިން ބިން ގަންނަން ފުރުސަތު ލިބިފައިވަނީ 36 ފަރާތަށް ކަމަށެވެ. މި 36 ފަރާތުގެ ތެރެއިން ބައެއް ފަރާތްތަކުން އެކިއެކި ސަބަބާ ހެދި ބިން ގަނެފައިނުވާކަމަށެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ނަންބަރު EM/IU/2017/1-HDC(161) އިޢުލާން ( 04 ޖަނަވަރީ 2017)
2.3.އެހެންނަމަވެސް، ޝޯޓ ލިސްޓް ކުރެވުން ފަރާތްތަކުގެ ތެރެއިން ބާކީ ތިބި ފަރާތްތަކަށް ލިސްޓް ތަރުތީބުން ބިން ގަތުމުގެ ފުރުސަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ދީފައިނުވާކަމަށެވެ.
3.3. އެހެންކަމުން، މއ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ކޮށްފައިވާ އިޢުލާނާ ޚިލާފަށު އަދި ބިން ދޫކުރުމުގައި ޢަމަލުކުރުމަށް އެއްބަސްވެފައިވާ އުސޫލާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމުގައި ދެކެ އަދި ޝޯޓް ލިސްޓްކުރެވުނު ތަރުތީބުން ޢަމަލުކުރުމުން އެފަރާތަށް ބިން ގަތުމުގެ ފުރުސަތު ލބިގެންދާތި ޒުލްފީނާ ރަޝީދަށް ބިން ގަތުމުގެ ފރުސަތ ދިނުމަށު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.
4މިމައްސަލަ އެ ކޯޓުގައި ހިނގަމުން ދަނިކޮށް، ހުޅުމާލއިނެ 06 ބިމެއް ވިއްކާލުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން 27 ޑިސެންބަރު 2021 ގައި ކުރި އިޢުލާނު ގައި ކުރިން އެފަރާތުގެ 04 ޖަނަވަރީ 2017 އިޢުލާނުގެ ދަށުން ވިއްކާލަން ހުޅުވާލި ބިން ތަކެއް ހިމެނިފައިވެއެވެ.
5އެހެންކަމުން، ކުރިން 04 ޖަނަވަރީ 2017 ގައި ކުރެވުނު އިޢުލާނުގެ ނުވިކި ހުރި ބިންތައް 27 ޑިސެންބަރު 2021 ގެ އިޢުލާނުގެ ދަށުން ވިއްކާލުމަށް ފުރުސަތު ދެވިއްޖެނަމަ ސިވިލް ކޯޓަށް ހުށަހެޅިފައިވާ HD/2021-C-Cv/159 ޤަޟިއްޔާއި ނ ކުރް ޙުކުމެއްގެ ބޭނުން ކެނޑި ތަންފީޛުނުކުރެވޭނެކަމަށް ދެކި އިސްތިއުނާފު ކުރާ ފަރާތުން 24 ޖަނަވަރީ 0222 ގައި ވަގުތީ އަމުރަކަށް އެދިފައިވެއެވެ.
6ޒުލްފީނ ރަޝީދާ ނެރެދިނުމަށް އެދޭ ވަގުތީ އަމުރު އޮންނަންވީ ގޮތްކަމުގައި ބަޔާންކޮށްފައިވަނީ؛ "ސިވިލ ކޯޓް ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2021-C-Cv/159 ޤަޟިއްޔާއަކީ […] / މާލެ، ޒުލްފީނާ ރަޝީދުގެ ފަރާތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ދަޢުވާކޮށް ހށަހެޅުމުނު ބަލަމުންދާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ނަންބަރު 1/644BSI/IU/202-HDC(161) އިޢުލާން ( 27 ޑިސެންބަރު 2021) މައްސަލާގައި ޝަރީޢަތުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން، ދަޢުވާލިބޭ ފަރާތުގެ ނަންބަރު -HDC(161) BSI/IU/2021/644 (27 ޑިސެންބަރު 2021) އިޢުލާނުން ވިއްކާލުމަށް ހުޅުވާލާފައިވާ ބިންތަކުގެ ތެރެއިން، ދަޢުވާލިބޭ ފަރާތުގެ ނަންބަރު EM/IU/2017/1-HDC(161) (04 ޖަނަވަރީ 2017) އިޢުލާނުގައި ހިމެނުނު ބިންތަކާ ގުޅިގެން، ތިންވަނަ ފަރާތެއްގެ ޙައްޤެއް އުފަންވެދާނެ އެއްވެސް ކަމެއް ނުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް އަމުރުކޮށްދެއްވުމަށް އެދެމެވެ." މިހެންނެވެ.
7ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ފަދަ ވަގުތީ އަމުރެއް ނެރެދެވޭނެ ތަނެއް ނެތްކަމަށެވެ. އެކޯޓުގެ މި ނިންމުން ބިނާވެފައިވަނީ އަންނަނިވި މައިގަނޑު ސަބަބުތަކުގެ މައްޗަށް ކަމު ގައި ބެލެވެއެވެ.
1.7. ވަގުތީ އަމުރުގެ ޒަރީޔާއިން ހިމާޔަތްކުރަންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް ނެތުން؛ މިގޮތަށް ނިންމުމުގައި މި މައްސަލަ ހުށަހެޅުމުގައި ލަސްވެފައިވާ މިންވަރަށް ޝަރީޢަތުން ރިޢާޔަތްކޮށްފައިވެއެވެ. އެގޮތުން ފާހަގަކޮށްފައިވަނީ 04 ޖަނަވަރީ 2017 ގައި އިޢުލާނުގެ ދަށުން ބިން އިޚްތިޔާރުކުރެވުނ ގޮތު އަންގައި 09 ފެބްރުއަރީ 2017 ގައި ޢާންމު އިޢުލާނެއް ކުރެވިފައިވާކަން އިސްތިއުނާފު ކުރާ ފަރާތަށް އެނގޭއިރު މި މައްސަލަ ކޯޓަށް ހުށަހެޅިފައިވަނީ 20 މެއި 2021 ގައި 4 އަހަރު ދުވަހުގެ މުއްދަތަކަށް ފަހުގައި ކަމަށެވެ. ހަމަ އެގޮތަށް މައްސަލަ ކޯޓަށް ހުށަހެޅިއިރު ވަގުތީ އަމުރަކަށް އެދިފައިނުވާއިރު ވަގުތީ އަމުރަށް އެދިފައިވަނީ 24 ޖަނަވަރީ 2022 ގައި ކަމަށެވެ. އަދި، މައްސަލަ ކޯޓަށް ހުށަހެޅި ފަހުން ވެސް 04 ޖަނަވަރީ 2017 ގެ އިޢުލާނުގައި ހިމެނޭ ބިންތަކުގެ ތެރއިނެ ބިންތަކެއް އިސްތިއުނާފު ރައްދުވާ ފަރާތުން ވިއްކާފައިވާކަމަށެވެ.
2.7.މި މައްސަލައިގައި ވަގުތީ އަމުރަކުން ހިމާޔަތްކުރަންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް ނެތް ކަމަށް ކަނޑައެޅިފައިވާތީ ވަގުތީ އަމުރަށް އެދޭ ފަރާތަށް ތަދާރުކުނުކުރެވޭ ގެއްލުމެއް އޮތތް ބަލަންނުޖެހޭ ކަމަށާއި އަދި އެފަރާތަށް ލިބޭނެ ގެއްލުމަކީ ފައިސާއިން ބަދަލުދެވެނޭ ކަމެއްކަން އެނގޭކަމަށެވެ. އަދި 2017 ގައި ބިން ވިއްކުމަށް ކުރި އިޢުލާނަކާ ގުޅިގެން 2022 އާ ހަމައަށް ވިއްކާނުލައި އޮންނާނެކަމަށް ޢާންމު ވިސްނުމުން ވިސްނާއިރުވެސް އެނގޭނެކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާ އަދި ތަފްސީލް
8ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު CR1/VN/2022/01-BHD-144 "ވަގުތީ އަމުރާއިމެދު ނިންމިގޮތް" އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވަނީ އެންމެ ނުކުތާއެކެވެ. އެއީ
1.8.މައުޟޫޢީ ޙައްޤެއް ނެތްކަމަށާއި، ތަދާރަކު ނުކުރެވޭނެ ގެއްލުމެއް އޮތްތޯ ބަލަން ނުޖެހޭނެކަމަށް ކަނޑައަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބޒި ލިމިޓެޑް ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ މިނިސްޓްރީ އޮފް ފިނޭންސް ވ. އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ އާއި، ވަގުތީ އަމުރާ ގުޅިގެން ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތް ކުރުމަކާ ނުލައިކަމުގައިވުން.
9މިނުކުތާގެ ތަފްސީލުގައި އިސްތިއުނާފު ކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވނަ އަންނަނިވި ކަންތައްތަކެވެ.
1.9. މި ވަގުތީ އަމުރާ ގުޅިގެން ބޭއްވުނު އަޑުއެހުމުގައި ދައްކާފައިވާ ވާހަކަތަކަށް ޝަރީޢަތުން ރިޢާޔަތްކޮށްފައިނުވާކަމަށެވެ. އެގޮތުން، އެއަޑުއެހުމުގައި މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުގެ ކުރިން ދެފަރާތުގެ ދެމެދު ކުރެވުނު މުޢާމަލާތްތަކުގައި 04 ޖަނަވަރީ 2017 ގެއިޢުލާނުގައ ހިމެނި ނުވިކި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/296 ޤަޟިއްޔާ ހުރި ބާކީ ބިންތައް ނުވިއްކާނެކަމަށާއި ޢާންމު ބޭނުމަށް ބޭނުންކުރަނީ ކަމަށް ބަޔާންކޮށްފައިވާކަމަށާއި އަދި މި ބިންތައް ވިއްކާލާކަނ އެނގުން މައްސަލީ ކޯޓުގައި ހިނގަމުންދަނިކޮށް ކުރެވުނު އިޢުލާނުގައި ބިންތައް ހިމެނިފައިވުމުންކަމަށާއި ކުރިން ވިއްކާލެވުނު ބިމަކީ އާންމުކޮށް އިޢުލާނުކުރުމަކާ ނުލައި ވިއްކާފައިވާ ބިންތަކެއް ކަމުގައިވާއިރު އިސްތިއުނާފު ކުރާ ފަރާތުގެ ޢިލްމުގައ ނެތި ކަމަކާ ގުޅިގެން ވަގުތީ އަމުރަކަށް އެދުމަކީ މުސްތަހީލު ކަމެއް ކަމަށާއި އަދި ބުނެވުނު ކަންތައްތައް އެގޮތުގެ މ ތިނަ ހުރިކަމާމެދު އިސްތިއުނާފު ރައްދުވާ ފަރާތުން އިންކާރުކޮށްފައިނުވާއިރު މިކަމަށް ޝަރީޢތުނަ ރިޢާޔަތްކޮށްފައިނުވާކަމަށެވެ.
2.9. ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާ ގައި ވަގުތީ އަމުރު ނެރެދިނުމުގައި ބަލަންޖެހޭ ކަންތައްތަކުގެ ތެރެއިން މައުޟޫޢީ ޙައްޤެއް އޮތްތޯ ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތަކީ ބިޑް ކާމިޔާބު ކުރި ފަރާތްތަކުގެ ތެރެއިން 40 ވަނަ އަށް އޮތް ފަރާތްކަމާއި، ބިން އިޚްތިޔާރުކުރުމުގެ ފުރުސަތު 36 ފަރާތަކަށް ދީފައިވާއިރު އިސްތިއުނާފު ކުރާ ފަރާތާ ހަމައަށް ދިއުމަށް އޮތީ 4 ފަރާތެއް ކަމާއި ބިންތަކުގެ ތެރެއިން މިހާރު އޮތީ 4 ބިން ކަމުގައިވާއިރު މައުޟޫޢީ މައްސަލު އިގައަ އިސްތިއުނާފު ކުރާ ފަރާތާއި އެއްކޮޅަށް މައްސަލަ ނިންމާ ޙާލަތުގައި މައުޟޫޢީ ފަރުވާ ދެވިގެންދާނެކަމަށާއި މިހާރު ކުރެވިފައިވާ އިޢުލާނުގެ ދަށުން މި ބިންތައް ވިއްކާލެވިއްޖެނަމ އެފަދަ ޙުކުމެއް ތަންފީޛުނުކުރެވޭނެކަމަށާއި އެހެންކަމުން ހިމާޔަތްކުރަންޖެހޭ މައުޟޫޢީ ހައްޤެއް އޮތްކަމަށެވެ. އަދި ހައިކޯޓުގެ މިނިސްޓްރީ އޮފް ފިނޭންސް ވ. އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައިވެސް ބިޑްގައ ބައިވެރިވި ފަރާތަކަށް އެފަރާތަށް ބިޑް އެވޯޑް ކޮށްފައިނުވތ ކުރެވުނީ ދަޢުވާގައިވެސ މައުޟޫޢް ޙައްޤެއް އޮތް ކަމަށް ކަނޑައެޅިފައިވާކަމަށެވެ.
1.2.9. އިސްތިއުނާފު ރައްދުވާ ފަރާތުން ޖަވާބުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، އެފަރާތުން ކުރި އިޢުލާނުގައިވަނީ 2000 އަކަފޫޓަށް ވުރެ ކުޑަ އަދަދެއްގެ ބިމެއް އެބީލަމުގެ ދށުނަ ނުވިއްކޭނެކަމަށް ވާއިރު 36 ފަރާތުން ބިން އިޚްތިޔާރުކުރުމަށްފަހު 2000 އަކަފޫޓު ހަމަވާ ބިމެއް ނެތްކަމާއި އެހެންކަމުން ހިމާޔަތްކުރަންޖެހޭ ޤާނޫނީ މަރުކަޒެއް ފާޅުކަން ބޮޑު ގޮތއްގައެ ޤާއިމުވެފައިނުވާކަމަށެވެ.
3.9. ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑެ ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ މިނިސްޓްރީ އޮފް ފިނޭންސް ވ. އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި، ތަދާރަކު ނުކުރެވޭ ގެއްލުމެއްވޭތޯ ބެލުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފުކަމަށް ފަހާގަކޮށް އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވަނީ ސިވިލް ކޯޓުން ގެއްލުން މިނެކިރުމުގައި ބަލާފައިވަނީ މައްސަލަ ހުށަހެޅުން ލަސްވި ލަސްވުމުގެ މައްޗަށްކަމަށެވެ. އެހެންނަމަވެސް، މައުޟޫޢީ މައްސަލައިގެ ޙުކުމް ތންފީޛުނުވުމަކީ އޭގެ ސަބަބުނަ ތަދާރުކުނުކުރެވޭނެ ގެއްލުމެއް ވާނެ ކަމެއް ކަމުގައި ފާހަގަކޮށްފައިވެއެވެ.
1.3.9.މިނުކުތާގެ ޖަވާބުގައި މައިގަނޑުކޮށް އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ އިސްތިއުނާފު ކުރާ ފަރާތަށް ބިމެއް ދިނުމަށް މައުޟޫޢު މައްސަލައިގައި ކަނޑައެޅިއްޖެނަމަ، އިސްތިއުނާފު ކުރާ ފަރާތަށް ވިއްކޭ ވަރަށް އަދި ވިއްކައިގެން ބާކީވާވަރަށް ވެސް އެފަރާތުގެ ނަންމަތީގައި ބިން ހުރިކަމަށެވެ. އަދި ބަދަލުދޭން ޖެހުނުކަމުގައިވިއަސް ބަދަލު ވެސް ދެވޭނެކަމަށެވެ. އަދި ބެލެންސް އޮފް ކޮންވީނިއަންސްއަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތު ނ ހުއްޓުވުމަށް އެދޭ 4 ބިމުގެ މުޢާމަލާތަކީ 60 ބިމެއްގެ ބީލަމެއްކަމަށްވެފައި ބިޑް ސެކިއުރިޓީ ހުށަހަޅައިގެން އެތައް ފަރާތްތަކުން ބިޑް ހުށަހަޅާފައިވާއިރު އިސްތިއުނާފު ކުރާ ފަރާތުގެ މަސްލަހަތަށްޓަކައި މިއެންމެހައި ފަރާތްތަކުގެ ހައްޤަށ އުނިކަން އަންނާނެ ފަދައިން މުޅި ބިޑަށް އަސަރުކުރާ ގޮތަށް ބިން އުނިކުރުމަކީ އޭގެ ސަބަބުން އިސްތިއުނާފު ރައްދުވާ ފަރާތަށާއި ބިޑަށް ކުރިމަތިލީ ފަރާތްތަކަށް ގެއްލުންވާނެ ކަމެއް ކަމުގައިވާތީ މިވަގުތީ އަމުރު ނެރުމުން އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބޭ ގެއްލުން ވަގުތީ އަމުރު ނުނެރެފިނަމަ އިސްތިއުނާފަ ކުރު ފަރާތަށް ލިބޭ ގެއްލުމަށް ވުރެ ބޮޑު ކަމަށެވެ.
10އިސްތިއުނާފުކުރާ ފަރާތުން އެދެނީ ސިވިލް ކޯޓުގެ ނަންބަރު CR1/VN/2022/01-BHD-144 ވަގުތީ އަމުރާމެދު ނިންމިގޮތް ބާޠިލްކޮށް، ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2021-C-Cv/159 ޤަޟިއްޔާގއަ ޝަރީޢަތު ނ ވަކިގޮތެއް ކަނޑައެޅު މުގެ ކުރިން، އިސްތިއުނާފު ރައްދުވާ ފަރާތުގެ ނަންބަރު BSI/IU/2021/644-HDC(161) (27 ޑިސެންބަރު 2021) އިޢުލާނުން ވިއްކާލުމަށް ހުޅުވާލާފައިވާ ބިންތަކުގެ ތެރެއިން، އިސްތިއުނާފު ރައްދުވާ ފަރާތުގެ ނަންބަރު EM/IU/2017/1-HDC(161) (04 ޖަނަވަރީ 2017) އިޢުލާނުގައި ހިމެނުނު ބިންތަކާ ގުޅިގެން، ތިންވަނަ ފަރާތެއްގެ ޙައްޤެއް އުފަންވެދާނެ އެއްވެސް ކަމެއް ނުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް އަމުރުކޮށްދެއްވުމަށެވެ.
11އިސްތިއުނާފ ރައްދުވު ފަރާތުން އެދެނީ ސުޕްރީމް ކޯޓުން ނެކްސްބިޒް މައްސަލާގައި ވަގުތީ އަމުރު ނެރުމާ ގުޅޭގޮތުން ކަނޑައަޅުއްވާފައިވާ އުސޫލުތަކުގެ ތެރެއިން އެންމެ ކަމެއް މަދުވިޔަސް ވަގުތީ އަމުރެއް ނުނެރެދެވޭނެތީއާއި، މި މައްސަލައިގެ ވާގިއާތަކަށް ބެލުމުން އިސްތިއުނާފްކުރާ ފަރާތުން މައުލޫއީ ދައުވާ ކމިޔާބާ ވާނެ ކަމުގައި އިހްތިމާލު ކުޑަވުމުންނާއި، އިސްތިއުނާފްކުރާ ފަރާތަށް ހަނި ފުރުސަތަކުން މައުލޫއީ ދައުވާ ކާމިޔާބުވި ނަމަވެސް، ހުޅުމާލެ ފޭސް 2 ކުން ބިމެއް ގަތުމުގެ ފުރުސަތު، ނުވަތަ ގެއްލުމުގެ ބަދަލު ދިނުމުގެ ފުރުސަތު އޮތަތީއާއި، އިސްތިއުނާފްކުރާ ފަރާތުން އެދޭހެން މިވަގުތު އެޗް.ޑީ.ސީއިން ކުރިއަށް ގެންދާ ބީލަން ހުއްޓުވައިފިނަމަ، މިމައްސަލައާ ގުޅުމެއް ނެތް އެތަކެއް ތިންވަނަ ފަރާތަކުން އެޗް.ޑީ.ސީއާ ދެކޮޅަށް ދައުވާކުރުމުގެ އިހްތިމާލު އޮތަތީއާއި، އެޗް.ޑީ.ސީއިން މިވަގުތު މި ބީލަން ކުރިއަށް ނުގެންގޮސްފިނމަ އެޗް.ޑީ.ސީއިން ލޯނުތަކަށް ދައްކަންޖެހޭ ފައިސާ ލިބުމަށް ހުރަސްއެޅި، އިއާދަ ނުކުރެވޭފަދަ ގެއްލުމެއް ވުމުގެ ފުރުސަތު އޮތަތީއާއި، މިކަންކަމަށް ޖުމްލަކޮށް ރިއާޔަތްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލައިގެންފައިވާ ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓް ބ ރަވަނީ އެޗް.ޑީ.ސީއަށް ކަން ފާޅުކަން ބޮޑް ގޮތެއްގައި ފެންނަން އޮތަތީއާއި، އަދުލުގެ ހަމަތަކުން ބެއްޔަސް އިސްތިއުނާފްކުރާ ފަރާތުން އެދޭފަދަ ވަގުތީ އަމުރެއް ނެރުން laches doctrine of އަށް ރިއާޔަތްކޮށް ހުރަސްއެޅޭތީއާއި، އެޗް.ޑީ.ސީއިން މިހާރު ކުރިއަށް ގެންދާ މުޅި ބީލަން ހުއްޓުވުމުގެ ހައިސިއްޔަތު އިސްތިއުނާފްކުރާ ފަރާތަށް ލިބިގެން ނުވާތީ، އިސްތިއުނާފްކުރާ ފަރާތުން އެދިފައިވާފަދަ ވަގުތީ އަމުރެއް ނެރެދެވެން ނތެ ކަމުގައް ކަނޑައަޅައިދިނުމަށެވެ.
ޝަރީޢަތަށް ފާހަގަކުރެވޭ ކަންތައްތައް
12HN1ވަގުތީ އަމުރު ނެރުމުގައި ޝަރީޢަތުން ރިޢާޔަތް ކުރަންޖެހޭ އަސާސީ 3 ޝަރުތއެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް ވ. އެންޓި ކޮރަޕްޝަން ކޮމިޝަން މައްސަލައިގައި ކަނޑައަޅުއްވާފައި ވެއެވެ. އެ ޝަރުޠުތަކަކީ؛
1.12. ވގަ ތ އަމުރަށު އެދް ފަރާތަށް އެފަދައިން ވަގުތީ އަމުރަށް އެދުމުގެ "ޞިފަތު" ނުވަތު ޙއިޘިއްޔަތަ ލިބިގެންވުން،
2.12. ވގަ ތ އަމުރަށް އެދޭ ފަރާތަށް ޤާނޫނީގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ފާޅުކަންބޮޑު ގޮތެއްގައި އޮތުން،
3.12. ވގަ ތ އަމުރު ނެރުމަކާނުލ އަޞްލާ މައުޟޫޢު ދަޢުވީ ލަސްވެގެން ހިނގައްޖެނަމަ ތަދާރުކު ނުކުރެވޭފަދަ އަދި އިޢާދަ ނުކުރެވޭފަދަ ނުރައްކަލަކާއި ނުވަތަ ގެއްލުމަކާއި އެ ދަޢުވާއާއި ގުޅިގެނު ވގަ ތ އަމުރަށް އެދޭ ފަރާތުން ކުރިމަތިލާން ޖެހުން މިއެވެ.
13HN2ސުޕްރީމް ކޯޓުގެ އެސް. ޕީ. އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓު ސަރވިސަސް (މޯލްޑިވްސ) ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތި ވެދާނެ ކަމަށް ލަފާކުރާ ނުރައްކަލާއި ގެއްލުން ވަޒަން ކުރާއިރު، ބެލެންސް އޮފް ކޮންވީނިއެންސް ޓެސްޓްގައި މައްސަލައިގައި ހިމެނޭ އެންމެހައި ފަރާތަކަށް ލިބިދާނެ ގެއްލުން ވަޒަން ކުރަން ޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ.
14މިއުސޫލުތައް މިމައްސަލައަށް ތަޠުބީޤުކުރަން ބަލާއިރު، ވަގުތީ އަމުރަށް އެދުމުގެ ސިފަތު ޒުލްފީނާ ރަޝީދުގެ ކިބައިގައި ވާކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ ކަނޑައެޅުމާ މެދު ދެފަރާތުގެ މެދުގައި ޚިލާފެއް ނެތެވެ. ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު R1/VN/2022/01C-BHD-144 ނިންމުމުގެ 11.3 ވަނަ ނުކުތާ މައުޟޫޢީ ޙައްޤެއް އޮތުނު
15ވަގުތީ އަމުރަކުން ހިމާޔަތް ކުރަންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ މަރުކަޒެއް ނެތް ކަމަށް މި މައްސަލަ ނިންމުމުގައި ދަށު ކޯޓުން ރިޢާޔަތްކޮށްފައިވާ މައިގަނޑު ސަބަބަކީ މައްސަލަ ހުށަހެޅުމުގައއި ވަގުތީ އަމުރަށާ އެދުމުގައި އިސްތިއުނާފުކުރާ ފަރާތުން އެކަށީގެންނުވާ މިންވަރަށް ލަސްކޮށްފައިވާ ކަމަށް ޝަރީޢަތށަ ޤަބޫލުކުރެވުމެވެ.
16HN3ވަގުތީ އަމުރެއް ނެރުމުގައި ހިމާޔަތް ކުރަންޖެހޭ މައުޟޫޢީ ޙައްޤެއް އޮތްތޯ ޝަރީޢަތުން ޢާންމު އުސޫލުނު ބަލަނީ ހުށަހެޅިފައިވާ މައުޟޫޢީ މައްސަލައިގައި ޝަރީއަތުން ގޮތެއް ކަނޑައަޅަންޖެހޭ ރަނގަޅު ވާޤިއީ ނުވަތަ ޤާނޫނީ މައްސަލައެއް /ޙައްޤެއް އަމުރަށް އެދޭ ފަރާތަށް ޤާއިމުކޮށްދެވިފައިވުމުގެ މައްޗަށެވެ. މައުޟޫޢީ ދައުވު އަށް ކޯޓުން އެއްކޮށް ގޮތެއް ނިންމުމުގެ (ޕްރީޖަޖްކުރނު) ބަދަލުގައި މިހާލަތުގައި ބަލަނީ އަމުރަށް އެދޭ ފަރާތަށް ވަގުތީ އަމުރަކުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢު ޙައްޤެއް އޮތްކަން ޕްރިމާ ފާސީ (ފުރަތަމަ ނަޒރުނަ ) މިންގަނޑުން ޝަރީޢަތަށް ކަށަވަރުކޮށްދިނުމުގެ މައްޗަށެވެ.
17އެގޮތުން ބަލާއިރު، މި މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތަކު 04 ޖަނަވަރީ 2017 ގައި ހުޅުމާލެ ދެވަނަ ފޭސް އިން ވިއްކަން ހުޅުވާލި ބިޑް ކާމިޔާބު ކުރި ފަރާތެއް ކަމަށާއި އެހެންނަމަވެސް އޭރު ވއްކަނި ނިންމި ބިންތައް އެއްކޮށް ވިއްކާލާފައިނުވާކަމާއި އޭގެ ތެރެއިން 4 ބިމެއް ފަހުން ވިއްކަން ހުޅުވލާފާ އިވަ ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނާ ބުނުމަކަށް އިސްތިއުނާފު ރައްދުވާ ފަރާތުން އިންކާރެއް ނުކުރެއެވެ. އެހެންކަމުން، ބިޑް ކާމިޔާބު ކުރި ފަރާތެއްގެ ހައިޘިއްޔަތުން އިސްތިއުނާފު ކުރާ ފަރާތަށް ދަށު ކޯޓުގައި ހިނގަމުންދާ މައްސަލައިގައި މައުޟޫޢީ ޙައްޤެއް އުފަންވެއެވެ.
18ސުވާލަކީ އިސްތިއުނާފު ކުރާ ފަރާތުން މި ޙައްޤު އުފަންވިތާ 4 އަހަރު ފަހުން ޝަރީޢަތަށް މައްސަލަ ހުށަހަޅާ އަދި މައްސަލަ ހުށަހެޅި ފަހުން 1 އަހަރު ދުވަހުގެ މުއްދަތެއް ފާއިތުވި ފަހުން ވަގުތީ އަމުރަކަށް އެދުމުން، މި ލަސްވި ލަސްވުމަކީ މައުޟޫޢީ ޙައްޤު ވަގުތު އަމުރަކުން ހިމާޔަތްކުރުމަށް ހުރަސް އެޅޭ ކަމެއްތޯއެވެ.
19HN4މައްސަލަ ހުށަހެޅުމުގައި ނުވަތަ ވަގުތީ އަމުރަށް އެދުމުގައި ލަސްވުމަކީ މައުޟޫޢީ ޙައްޤު ގެއްލިދާނެކަމުގެ ބިރު އޮތުމުގެ ފުރުސަތު ކުޑަވާނެކަމެކެވެ. މައްސަލަ ހުށަހެޅުމަކާ ނުލައި ނުވަތަ ވަގުތީ އަމުރަކާ ނުލައި ގިނަ ދުވަސް ހޭދަވެފައިވުމަކީ އަމުރު ނެރެން ޖެހުމުގެ އިހްތިމާލަ ކުޑަވާ ކަމެއްކަމުގައިވާތީ އެކަށީގެންވާ ސަބަބަކާ ނުލައި އެކަށީގެންނުވާ ދިގު މުއްދަތަކަށް ޙައްޤު މަތީގައި ނިދާފައިވާ ފަރާތަކަށް ވަގުތީ އަމުރެއްގެ އެހީގައި ފަރުވާދިނމުގައު އެ އަމު ރ ރައްދުވު ފަރާތުގާ ޙައްޤުތަކަށް ވެސް ރިޢާޔަތްކޮށް ކޯޓުތަކުން ފަރުވާތެރިވުން މުހިއްމެވެ.
20މިމައްސަލައިގައި، އިސްތިއުނާފު ކުރާ ފަރާތަށް 2017 ވަނަ އަހަރު ބިޑު ކާމިޔާބުވެ، އެފަރާތަށް ބިން ގަތުމުގެ ފުރުސަތު ނުލިބޭކަން ފެބްރުއަރީ 2017 ގައި އެނގިފައިވާކަން ދެފަރާތުގެ ބަހުން އެނގެއެވެ. އެހެންކަމުން އެޙައްޤު ހޯދުމަށް އެފަރާތުން ކޯޓަށް މައްސަލަ ހުށަހެޅީ 2021 ވަނަ އަހަރުގައި ކަމަށް ވުމުން މައްސަލަ ހުށަހެޅުމުގައި އެފަރާތުން ލަސްތަކެއ ވެފައިވާކަމަށް ޤަބޫލުކުރެވެއެވެ.
21މިލަސްވ ސަބަބުކަމުގައި އެފަރާތުން ބުނެފައިވަނީ ބިން ބާކީ ހުރިކަން އެފަރާތަށް ނޭނގުމާއި އަދި އެކަން އެނގުމުން އެ ބާކީ ހުރި ބިންތަކަކީ ޢާންމު ބޭނުމަށްޓަކައި ނުވިއްކާ ބެހެއްޓުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ނިންމާފައިވާ ބިންތަކެއ ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވާ ބުނުމެވެ. އަދި މައްސަލަ ހުށަހެޅު ފަހުން، އެހެންނަމަވެސް ވަގުތީ އަމުރަށް އެދުމުގެ ކުރިން، ނުވިއްކ ހުރި ބިން ތަކުގެ ތެރެއިން ބައެއް ބިންތައް އިސްތިއުނާފު ރައްދުވާ ފަރާތުން ވިއްކާފައިވަނީ ޢާންމު އިޢުލާންކުރުމަކާ ނުލައި ކަމުގައިވާތީ ބިން ވިއްކުމުގެ ފުރުސަތުއޮތްކަނ އެފަރާތަށް ނޭނގޭކަމަށެވެ. އަދި ބިން ވިއްކާކަން ޢާންމު އިޢުލާނަކުން އިސްތިއުނާފު ރއްދުވަ ފަރާތުން އިޢުލާނުކުރިކަނ އެންގުމުން ވަގުތީ އަމުރަކަށް އެދިފައިވާނެ ކަމަށެވެ. ބުނެވިދިޔަ ކަންތައްތައް ދަށުކޯޓުގައި ފާހަގަކޮށްފައިވާއިރު އެކަމަށް ޝަރީޢަތުން ރިޢާޔަތްކޮށްފައިނުވާކަމަށް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރެއެވެ. މައްސަލައިގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކުން މިއީ ދެކެވިފައިވާ ވާހަކަތަކެއްކަން އެނގޭކަން ނެތެވެ. އެހެންނަމަވެސް، މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މިވާހަކަތައް ދެކެވުމުން އެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އިންކާރުކޮށްފައިނުވެއެވެ.
22HN5ބުނެވި ދިޔަ އެންމެހައި ކަންތައްތަކަށް ރިޢާޔަތްކުރާއިރު، އިސްތިއުނާފު ކުރާ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅުމުގައި ލަސްތަކެއް ވެފައިވީނަމަވެސް، މައްސަލައިގައި ހިމާޔަތްކުރަންޖެހޭ މަޢުޟޫއާ ގުޅޭ ސަބްޖކްޓެ މެޓަރ (ބިޑަށް ހުޅުވާލި ބިން) އަށް ޙަޤީޤީ ބިރެއް އޮތްކަން އިސްތިއުނާފު ކުރާ ފަރާތަށް އެނގިގެން ދިޔައީ މައްސަލަ ކޯޓުގައި ހިނގަމުންދަނިކޮށްކަމާއ އަދި އެކަނި އެނގުނު އިރުން ފެށިގެން އެކަށީގެންވާ ލަސްތަކެއް ނުވެ ވަގުތީ އަމުރަކަށް އެދިފައިވާކަން އެނގެން އޮތުމުން މައްސަލަ ހުށަހެޅި ހުށަހެޅުމުގައި ވެފައިވާ ލަހަކީ ވަގުތީ އަމުރުން ހިމާޔަތްކުރަންޖެހޭ މައުޟޫޢީ ޙައްޤު މިމައްސަލައިގައި ނެތިދާ ފަދަ ކަމެއް ކަމުގައި ނުދެކެމެވެ.
23އެހެންކަމުން ވަގުތީ އަމުރު ނެރުމުގައި ހިމާޔަތްކުރަންޖެހޭ މައުޟޫޢީ ޙައްޤެއް ނެތް ކަމަށް ދަށު ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ކަމުގައި ނުދެކެމެވެ.
ތަދާރުކުނުކުރެވޭ ގެއްލުން
24ވަގުތީ އަމުރު ނެރުމުގައި ހިމާޔަތްކުރަންޖެހޭ މައުޟޫޢީ ޙައްޤެއް ނެތް ކަމަށް ދަށުކޯޓަށް ބުރަވެވުމުން އަމުރު ނެރުމުގައި ދެފަރާތަށް އޮތް ގެއްލުން އެކޯޓުން ވަޒަންކޮށްފައިނުވެއެވެ. ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް އޮތްކަން ފާޅުކަން ބޮޑުގޮތެއްގައި އެނގެންނެތީސް ގެއްލުމަކީ ތަދާރުކު ނުކުރެވޭ ގެއްލުމެއްތޯ ނުވަތަ ނޫންތޯ ބެލުމުގެ ބޭނުމެއް ނެތްކަމުގައި ހައިކޯޓުގެ އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ފިނޭންސް ޤަޟިއްޔާގައި ވަގުތީ އަމުރާ މެދު ނިންމި ގޮތުގައި ކަނޑައެޅިފައިވެއެވެ.
25HN6ތަދާރުކު ނުކުރެވޭ ގެއްލުމަކީ ފޫނުބެއްދޭ ވަރުގެ ގެއްލުން ނުވަތަ އިސްލާހުކޮށް، ރަނގަޅު ނުކުރެވޭނެފަދަ ގެއްލުންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރިޖްވުޑް ހޮޓެލްސް އެންޑް ސުއިޓްސް ޕްރިވެޓް ލިމިޓެޑް ވ. މުޙައްމަދު ޞަދީފް ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ.
26އެކަށީގެންވާ ފަރުވާއެއްގެ ގޮތުގައި ގެއްލުމުގެ ބަދަލު ދެވޭނަމަ، އާންމު ގޮތެއްގައި، ދަޢުވާ ކުރާ ފަރާތުގެ ދަޢުވާ އެ މަރުހަލާގައި ކިތަންމެ ވަރުގަދަ ކަމަށް ފެންނަން އޮތް ނަމަވެސް، ވަގުތީ އަމުރެއް ނެރެ ދިނުމަށް ހރަސްއެޅޭނެކަމަށު އާ ވަގުތީ އަމުރު ނެރެވެނީ ގެއްލުމުގެ ބަދަލު ދިނުން އެކަށީގެން ނުވާ ޙާލަތްތަކުގައެވެ.
27މި މައްސަލައިގައި ލިބިދާނެ ތަދާރުކު ނުކުރެވޭނެ ގެއްލުން ކަމުގައި އިސްތިއުނާފު ކުރާ ފރާތުނަ ފާހަގަކޮށްފައިވަނީ ދަށު ކޯޓުން މއ ޟޫޢު މައްސަލީ ކާމިޔާބުވާ ހާލަތުގައިބިމުގެ މައްޗަށް ތިންވަނަ ފަރާތެއްގެ ޙައްޤު އުފަންވެފައިވުމުން އިސްތިއުނާފު ކުރާ ފަރާތުން ބޭނުންވާ ބިން އެފަރާތަށް ނުލިބުމެވެ.
28އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ ވިއްކުން ހުއްޓުވުމަށް އެދިފައިވާ ބިންތައް ގަތުމަށް ބިޑް ސެކިއުރިޓީއ އެކާ އެތައް ފަރާތްތަކުން ކުރިމަތި ލައި ތިންވަނަ ފަރާތްތަކުގެ ޙައްޤު މިހާރު އުފަންވެފައިވާކަމަށެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތުން ވަކި ޕްލޭނެއްގެ ދަށުން އެ ބިންތައް ބޭނުންކުރުމަށް ހުޅުވާލާ ބިޑިންގ ޕްރޮސެސް މިހާރު ގޮސްފައިވާ ހިސާބުން 4 ބިން އެ ޕްލޭން އިން SC 73 ]2021[ ގެ 31 ވަނަ ޕެރެގްރާފް އުނިކޮށްފިނަމ އިސްތިއުނާފަ ރައްދުވާ ފަރާތަށާއި އަދި ބިޑަށް ކުރިމަތިލީ ފަރާތުގެ ޙައްޤުތަކަށް އުނިކަމެއް ލިބޭނެތީ މިހިނދުގައި ވަގުތީ އަމުރެއް ނެރެފިނަމަ އިސްތިއުނާފު ރައްދުވާ ފަރާތަށާއި ބިޑަށް ކުރިމަތިލީ މީހުންނަށް ލިބޭ ގެއްލުން ބޮޑު ވާނެކަމަށެވެ. އަދި ދަށު ކޯޓުން އިސްތިއުނާފު ކުރާ ފަރާތަށް 4 ޖަނަވަރީ އިޢުލާނުގެ ދަށުން ބިން ގަތުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އަމުރުކޮށްފިނަމަ، ސީދާ އެބިން ނުދެވުނު ނަމަވެސް އެފަދަ ބިމެއް ނުވަތަ ގެއްލުމުގެ ބަދަލު ދިނުމަށް އިސްތިއުނާފު ރައްދުވާ ފަރާތަށް ހުރަހެއް ނެތް ކަމަށެވެ.
29HN7ގެއްލުމާ ގުޅިގެން ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށް ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓުގެ މިންގަނޑުން ބަލާއިރު، މި ވަގުތީ އަމުރު ނެރުމުގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ ޙައްޤުގެ އިތުރަށް ތިންވަނަ ފަރާތްތަކުގެ ޙައްޤު ތައް ހިމެނޭކަމަށް ބެލެވޭތީ މިވަގުތީ އަމުރު ނެރެފިނަމަ އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބޭ ގެއްލުމަށް ވުރެ އަމުރު ނުނެރުމުން އިސްތިއުނާފު ކުރާ ފަރާތަށް ލިބޭ ގެއްލުން ކުޑަކަމުގައި ބެލެވެއެވެ. އެހެންކަމުން، މައްސަލަ ހުށަހެޅުމުގައި ކަން ހިނގާފައިވާގޮތަށާއި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް މިހިނދުގައި މި އަމުރު ނެރުން މުހިއްމު ކަމުގައި ނުދެކެމެވެ.
ޙުކުމް
ދެ ންފަހެ، އިސްވެބަޔާންކުރެވިދިޔަ ސަބަބުތައް އެގޮތުގެ މަތީން ހުރުމުން، ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު CR1/VN/2022/01-BHD-144 "ވަގުތީ އަމުރާއިމެދު ނިންމިގޮތް" ގައި ވަގުތީ އަމުރު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާ (ނެކްސްބިޒް ލިމިޓެޑް ވ. އެންޓި ކޮރަޕްޝަން ކޮމިޝަން)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/101 ޤަޟިއްޔާ (އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓް ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/310 ޤަޟިއްޔާ (އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ފިނޭންސް)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރިޖްވުޑް ހޮޓެލްސް އެންޑް ސުއިޓްސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޞަދީފް ޤަޟިއްޔާ ([2021] SC 73، 31 ވަނަ ޕެރެގްރާފް)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/296 ޤަޟިއްޔާ (މިނިސްޓްރީ އޮފް ފިނޭންސް ވ. އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑް) - އިސްތިއުނާފުކުރި ފަރާތުން ޙަވާލާދީފައި
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.