ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2021/HC-A/296

މިނިސްޓްރީ އޮފް ފިނޭންސް ވ. އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ހައިކޯޓު · 15 ނޮވެމްބަރު 2021ދަށު ކޯޓު: ސިވިލް ކޯޓު 144-B3-CR2/VA/2021/03ބާވަތް: އެހެނިހެން

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 144-B3-CR2/VA/2021/03
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ބީލަމެއް އިވެލުއޭޓްކޮށް އެވޯޑްކުރުމާ ގުޅޭ ދަޢުވާއެއްގައި ޕްރޮޖެކްޓުގެ މަސައްކަތް ހުއްޓުވުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރަކީ ވަގުތީ އަމުރުގެ ޝަރުޠުތަކާއި ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓާ އެއްގޮތަށް ނެރުނު އަމުރެއްތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ވަގުތީ އަމުރު ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ވަގުތީ ފިޔަވަޅުތަކަކީ މައުޟޫޢީ ޙައްޤަށް ނިހާއީ ޤަޟާއީ ޙިމާޔަތް ލިބުމުގެ ކުރިން ފޫނުބެއްދޭ ގެއްލުން ވިޔަނުދިނުމަށް ނުވަތަ ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކެވެ؛ ޙުކުމުގެ މަޤްޞަދު ޙާޞިލުނުވެދާނެ ސަބަބުތަކެއް ހުރިނަމަ ނުވަތަ ފަރާތަކަށް ގެއްލުމެއް ލިބިދާނެކަމަށް ފެނިއްޖެނަމަ ވަގުތީ އަމުރު ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ (ޝަރީޢަތް ކުރުމާބެހޭ ޤަވާޢިދު).

HN2 ވަގުތީ އަމުރެއް ނެރުމަށް ފުރިހަމަވާންޖެހޭ ޢާންމު ޝަރުޠުތަކަކީ: ޤާނޫނީ ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރްކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަންބޮޑުކޮށް ޤާއިމުވުން (fumus boni iuris)، އަމުރު ނުނެރެ ދަޢުވާ ލަސްވެއްޖެނަމަ ނުރައްކަލެއް ކުރިމަތިވުން (periculum in mora)، އަދި އެދޭ ފަރާތަށް އެފަދަ އަމުރަކަށް އެދުމުގެ ޞިފަ/ޙައިޘިއްޔަތު ލިބިގެންވުމެވެ (2012/SC-A/21).

އެހެނިހެން › ވަގުތީ އަމުރު

HN3 ބީލަމަކަށް ކުރިމަތިލި ފަރާތަކަށް، އެ ބީލަމުގެ ނިންމުމާ ގުޅޭ ދަޢުވާއެއްގައި، ޤާނޫނީ ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރްކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަންބޮޑުކޮށް ޤާއިމުވެއެވެ.

HN4 ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓުގައި ހަމައެކަނި އަމުރަށް އެދޭ ފަރާތަށް ކުރިމަތިވާ ނުރައްކަލާއި ގެއްލުމަށް ބެލުމަކީ ހަމަޖެހޭ ކަމެއް ނޫން؛ މައްސަލައިގައި ހިމެނޭ އެންމެހައި ފަރާތްތަކަށް ލިބިދާނެ ގެއްލުން ވަޒަންކުރަންޖެހޭނެއެވެ (SPH Pvt Ltd v Jumeirah Management Services (Maldives) Pvt Ltd).

HN5 ދައުލަތުން ހަދާ ގޯހަކުން ކޯޓުން ބަދަލު ދޭން ކަނޑައަޅާ ކޮންމެ ޙާލަތެއްގައި ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ޚަރަދެއް ކުރަންޖެހޭތީ، ގެއްލުން ފައިސާއިން ބަދަލުދެވިދާނެ ކަމަށް ދައުލަތުން ބުނުމަކީ ވަގުތީ އަމުރު ނުނެރުމަށް ކާފީ ސަބަބެއް ނޫން؛ މި މައްސަލައިގައި ވަގުތީ އަމުރު ނުނެރުމުން ބީލަމަށް ކުރިމަތިލި ފަރާތްތަކަށް ލިބިދާނެ ގެއްލުން ބޮޑުކަން ފާޅުވެއެވެ.

HN6 ބީލަމާ ގުޅޭ ޚުޞޫމާތެއް ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގެ އިޖުރާޢަތުން ޙައްލު ނުވެއްޖެނަމަ ޝަރީޢަތަށް ހުށަހެޅުން އޮންނާނެ؛ ޚަޞްމަކީ ދައުލަތް ކަމުގައި ވިޔަސް، ޙައްޤެއް ގެއްލިއްޖެކަމަށް ދެކޭ ފަރާތަކުން އެކަށީގެންވާ ޤާނޫނީ ސަބަބެއް ދައްކައިގެން ދަޢުވާކުރުމަކީ އޭނާގެ އަސާސީ ޙައްޤެކެވެ.

HN7 މައުޟޫޢީ ދަޢުވާ އަވަސް ނިޔާގެ ސެކްޝަނުން ބަލަމުންދާއިރު އަދި ޙުކުމް ކުރުމުގެ ހިސާބަށް ގޮސްފައިވާއިރު، ދަޢުވާ ލަސްވެ ޙުކުމުގެ މަޤްޞަދު ޙާޞިލުނުވެދާނެކަމަށް ދެކިގެން ނެރުނު ވަގުތީ އަމުރަކީ ޤާނޫނީ އުޞޫލާ ޚިލާފަށް ނެރުނު އަމުރެއް ކަމަށް ދެކޭނެ ހަމައެއް ނެތް.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުސައިން ޝަހީދު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަބްދުއްރައޫފު އިބްރާހީމް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙުސައިން ޝަހީދު · ތާއީދުކުރެއްވީ: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަބްދުއްރައޫފު އިބްރާހީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު: މިރައުޔަށް ފަނޑިޔާރުޢަބްދުއްރައޫފު އިބްރާހީމު އާއު ފަނޑިޔާރި ޝުޢައިބު

ޙުސައިން ޒަކަރިއްޔާ ތާއީދު ކުރެއެވެ. މައްސަލައިގެ ތަޢާރަފު:

2މިއީ ސިވިލް ކޯޓުގެ ނަންބަރު CR2/VA/2021/03-B3-144 ވަގުތީ އަމުރު ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫން ކަމަށްބުނެ އެ އަމުރު އިސްތިއުނާފު ކުރުމަށް އެދި ދިވެހި ދައުލަތގު ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.

0. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، އެސް. ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި އެސް. ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްއެވެ.

ކަންހިނގާފައިވާ ގޮތް

3މިނިސްޓްރީ އޮފް ފިނޭންސގް ނަންބަރު K/13/2021/21-(IUL)13 (02 ޖަނަވަރީ 0202) އިޢުލާނުން، ހދ. ހަނިމާދޫގައި ހައުސިންގ ޔުނިޓްތައް ނިންމުމުގެ މަސައްކަތްކުރުމަށް ކުރެވުނު ޕްރޮކިއުމަންޓް ނަންބަރު R01-013-TES/2020/W ޓެންޑަރއާ ގުޅިގެން، ހުށަހަޅާފައިވާ ބިޑްތަކަށް ބަލާއިރު، އެންމެ ރަނގަޅު ބިޑްގ ގޮތުގައެ އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑނު ހުށަހަޅާފައިވާ ބިޑްކަނ އެނގެން އޮތްއިރުވެސް، ދައުލަތުގެ މާލިއްޔަތު ޤަވާޢިދާ ޚިލާފަށް ނޭޝަނަލް ޓެންޑަރ ބޯޑުން ޢަމަލުކޮށް، ބިޑް އިވެލުއޭޓްކޮށްފައި ނުވާތީ، ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ބިޑްގައި 0 ރިކުއަރމަންޓެއް ފުރިހަމަ ނުވާކަމަށް ނޭޝަނަލް ޓެންޑަރ ބޯޑުން ބުނެފައޭ ވީނަމަވެސް، އެ ރިކުއަރމަންޓިތައް ފ ރިހަމަވާކަމަށް، މުސްތަޤިއްލު ރިވިއު ކޮމެޓީން އަންގާފައިވާއިރު، އެ ކޮމެޓީގެ ނިންމުން ބަދަލުކުރުމުގެ ބާރު ނޭޝަނަލް ޓެންޑަރ ބޯޑަށް ލިބިގެންނުވާތީ، މި ބިޑް އިވެލުއޭޓްކޮށް ދަޢުވާކުރާ ފަރާތަށް އެވޯޑްކުރުމަށް ނުވަތަ އެ ރިކުއަރމަންޓްތައ ފުރިހަމަވާކަމަށް ޝަރީޢަތނު ކަނޑައަޅައި، މި ބިޑް އިވެލުއޭޓްކޮށް އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑަށް އެވޯޑްކުރުމަށް މިނިސްޓްރީ އޮފް ފިނޭންސްގެ މައްޗަށާއި، އަދި ނޭޝަނަލް ޓެންޑަރ ބޯޑުގެ މައްޗަށް އަންގައި އަމުރުކޮށް ދިނުމަށް އެދި ސިވލ ކޯޓަށް ހުށަހަޅާފައިވް މައްސަލައެކެވެ.

1. އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑުން ވަގުތީ އަމުރަކަށް އެދިފައިވެއެވެ. ބުނެވި ދިޔަ އަމުރަށް އެދުމުން، ސިވިލް ކޯޓުން އެ އަމުރު ނެރެދީފައިވާކަން އެނގެއެވެ. އެހެންކަމުން އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ފިނޭންސް) ގެ ފަރާތުން އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. މިއީ އެގޮތުން ބެލެވޭ އިސްތިއުނާފީ ޤަޟިއްޔާއެކެވެ.

ސިވިލް ކޯޓުގައިނެރެދިނުމަށ އެދުނު އަމުރު

1. ކޯޓަށް ހުށަހެޅިފައިވާ މައްސަލާގައި ޝަރީޢަތުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރީގައި، އެހެން ފަރާތަކނު ޕްރޮޖެކްޓްގެ މަސައްކަތް ފައްޓައިފިނަމަ، މައްސަލާގައި ކުރެވޭ ޙުކުމުގެ މަޤްޞަދު ޙާޞިލްނުވެދާނޭކަމުގެ އިޙްތިމާލު އޮތަތީއާއި، އެކަމުގެ ސަބަބުން ދަޢުވާކުރާ ފަރާތަށް އިޢާދަ ނުކުރެވޭވަރުގެ ގެއްލުން ކުރިމަތިވެދާނތީ، ޝަރީޢަތުން ވަކިގޮތެއް ކަނޑައަޅަންދެން، ހދ. ހަނިމާދޫގައި ޢިމާރާތްކުރަން ފަށާފައިވާ 222 ހައުސިންގ ޔުނިޓް ނިންމުމުގެ މަސައްކަތްކުރުމަށް ކުރެވުނު ޕްރޮކިއުމަންޓް ނަންބަރު R01-013-TES/2020/W ޓެންޑަރއ ގުޅާ ޕްރޮޖެކްޓްގެ އެއްވެސް މަސައްކަތެއް އިތުރަށް ކުރިއަށް ނުގެންދިއުމަށް މިނިސްޓްރީ އޮފް ފިނޭންސްއާއި، ނޭޝަނަލް ޓެންޑަރ ބޯޑާއި، އަދި މިކަމުގައި ޝާމިލުވާ ދައުލަތުގެ އެންމެހައި އިދާރާތަކުގެ މައްޗަށް އަންގައި އަމުރުކޮށްދިނުން އެދިއެވެ.

ސިވިލް ކޯޓުން ނިންމިގޮތް

9ސިވިލް ކޯޓުގެ ނަންބަރު CR2/VA/2021/03-B3-144 ވަގުތީ އަމުރު ނިންމާފައިވަނީ: "ބުނެވދިޔަ ކަންކަން، އެގޮތުގައި ހުރުމާއެކު، އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި، އެސް.ޖޭ ޓްރޭޑް ޕްރައިވެޓ ލިމިޓެޑުން މިނިސްޓްރީ އޮފް ފިނޭންސްގެ މައްޗަށް ދަޢުވާކޮށް ހުށަހަޅާފައިވާ މި ޤަޟިއްޔާގައި ޝަރީޢަތުން ވަކިގޮތެއް ސިވިލް ކޯޓުގެ ނަންބަރު CR2/VA/2021/03-B3-144 ވަގުތީ އަމުރު ކަނޑައެޅުމުގެ ކުރިއަށް، ޕްރޮކިއުމަންޓް ނަންބަރު R01-013-TES/2020/W ޓެންޑަރއ ގުޅާ ޕްރޮޖެކްޓްގެ އެއްވެސް މަސައްކަތެއް އިތުރަށް ކުރިއަށް ނުގެންދިއުމަށް މިނިސްޓްރީ އޮފް ފިނޭންސާއި، ކަމާ ގުޅުންހުރި އެންމެހާ ފަރާތްތަކުގެ މައްޗަށް އަންގައި އަމުރުކޮށްފީމެވެ." މިފަދައިންނެވެ.

އިސްތިއުނާފަށް ހުށަހެޅުނު ނުކުތތައާ

2. ސިވިލް ކޯޓުގެ ނަންބަރު CR2/VA/2021/03-B3-144 ވަގުތީ އަމުރު ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫން ކަމަށްބުނެ އެ އަމުރު އިސްތިއުނާފު ކުރުމަށް އެދި ދިވެހި ދައުލަތުގެ ފަރާތުން އަންނަނިވި ނުކުތތައާ ހުށަހަޅް އެ ނުކުތާ ތަކާ ބެހގޮތުނޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވޮ ނުކުތާތަކަކީ:

2.2- ސިވިލް ކޯޓުގެ ނަންބަރ CR2/VA/2021/03-B3-144 ވަގުތީ އަމުރުގައި، ވަގުތީ އަމުރަށް އެދުނު ފަރާތަށް ލިބިދާނެ އިޢާދަނުކުރެވޭނެ ގެއްލުމެއް އޮތްތޯ ނުވަތަ ނޫންތޯ ބެއްލެވުމުގައި، ފައިސާއިން ހިސާބު ނުކުރެވޭނެ ގެއްލުންތަކެއް ހުރިކަން އިސްތިއުނާފުކުރާ ފަރާތުގެ ބަހުން އެނގެން އޮންނަކަމަށް ބަޔާންކުރައްވައި، އިސްވެ ދންނެވެ ޝަރުޠު ފުރިހަމަ ނުވާކަމަށް ބެލެވެން ނެތްކަމަށް ކަނޑައަޅުއްވާފައިވަނީ އެ ނުކުތާއާ ގުޅިގެން ދައުލަތުން ވަގުތީ އަމުރުގެ ޖަވާބުގައި ދައްކާފައިވާ ވާހަކަތަކަށް ރަނގަޅަށް ރިޢާޔަތްކުރެއްވުމެއް ނެތި، އަދި ވަގުތީ އަމުރަށް އެދޭ ފަރާތަށް ލިބިދާނެ އިޢާދަނުކުރެވޭނެ ގެއްލުމެއް އޮތްތޯ ބެލުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމައިރ މެނޭޖްމަންޓާ ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވ އުޞޫލާ ޚިލާފަށްކަމުގައިވާތީ، މި ނިންމުމަކީ ޤާނޫނު ނަންބަރު 0222/23 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) 1 ވަނަ މާއްދާގެ (ހ) ގެ 20 ވަނަ ނަންބަރާ ޚިލާފު ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއާއި

2.0- ސިވިލް ކޯޓުގެ ނަންބަރު CR2/VA/2021/03-B3-144 ވަގުތީ އަމުރު ނެރެދއްވާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓް ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި، ވަގުތީ އަމުރު ނެރުމަކާ ނުލައި އ ސްލ މައުޟޫޢު ދަޢވު ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލާއި ގެއްލުން ވަޒަންކުރާއިރު، މައްސަލަގާއި ހިމެނޭ އެންމެހާ ފަރާތްތަކަށް ލިބިދާނޭ ގެއްލުން ޝަރީޢަތުން ވަޒަންކުރަންޖެހޭނެ ކަމަށް ކަނޑައަޅުއްވާފައިވާ އުޞޫލާ ޚިލާ ފަށްކަމަށ ބުން ހުށަހެޅި ނުކުތއާއާ

2.3- ވަގުތީ އަމުރު ނެރުމުގައި އެ އަމުރުގެ ސަބަބުން އަސަރު ފޯރަފާނެ ތިންވަނަ ފަރާތުގެ މަޞްލަޙަތަށް ރިޢާޔަތްކުރަންވާނެކަން ދިވެހިރާއްޖޭގެ ސޕްރީމު ކޯޓުގް އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓް ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްގެ ޤަޟިއްޔާއިން އެނގެން އޮންނައިރު، ސިވިލް ކޯޓުގެ ނަންބަރު CR2/VA/2021/03-B3-144 ވަގުތީ އަމުރު ނެރުއްވާފައިވަނީ، ހދ. ހަނިމާދޫގައި އިމާރާތް ކުރަން ފަށާފައިވާ 10 (ފަންސާސް ދޭއް) ހައުސިންގ ޔުނިޓް ނިންމުމުގެ މަސައްކަތއާ އަލަށް އިމާރާތްކުރާ 14 (ސާޅީސް އަށެއް) ހައުސިންގ ޔުނިޓްގެ ޑިޒައިން އެންޑް ބިލްޑ އުޞޫލުން ގާއިމް ކުރުމުގީ މަސައްކަތް ކުރުމަށް ކުރެވުނު ޕްރޮކިއުމަންޓް ނަންބަރު R01-013-TES/2020/W ބީލަން ތިންވަނަ ފަރާތަކަށް އެވޯޑްކޮށް، އެ ފަރާތާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ދައުލަތުން ބަޔާންކޮށްފައި ވަނިކޮށް، އެ އަމުރު ނެރުއްވުމުގެ ސަބަބުން އަސަރުފޯ ރާނެ ތިންވަނަ ފަރާތުގެ މަޞްލަޙަތަށް ރިޢާޔަތްކުރުމެއަ ނެތިކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކާމެދު ޝަރީޢަތުން ރިޢާޔަތްކް ށ ފައިވާ ގޮތް

4ވަގުތީ ފިޔަވަޅު ތަކަކީ މައްސަލައިގެ މައުޟޫޢީ ޙައްޤަށް ޤަޟާއީ ޙިމާޔަތް ނިހާއީ ސިފައެއްގައި ލިބުމުގެ ކުރިން، ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބިދާނެތީ އެފަދަ ގެއްލުމެއް ވިޔަނުދިނުމަށް ނުވަތަ އެ ގެއްލުންތައ ވީހާވެސް ކުޑަކުރުމަށް އަޅފިޔަވަޅު ތަކެކެވެ.

6ރާއްޖޭގައި ވަގުތީ އަމުރު ނެރުމާ ގުޅޭ ޤާނޫނީ އުޞޫލުތަކަށް ބަލާއިރު، އެ އުޞޫލުތައް ދެ މަސްދަރެއްގައި ބަޔާންވެފައިވެއެވެ . ފުރަތަމަ މަސްދަރަކީ ޝަރީޢަތް ކުރުމާ ބެހޭގޮތުން ހެދިފައިވާ ޤަ ވާއިދު 9 އެވެ. އެ ޤަވާއިދުގެ 061 ވަނަ މާއްދާގައި ވަގުތީ އަމުރު ނެރދިނުމުގައެ ޢަމަލުކުރުމަށް ބަޔާންވެފައިވާ އުޞޫ ލުތަކަށް ބަލާއިރު، ވަގުތީ އަމުރެއް ނެރެދިނުމަށް އެދޭ ޙލަތުގައާ އެފަދަ އަމުރެއް ނެރެ ފިޔަވަޅު ނާޅައިފިނަމަ، ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ޙު ކުމްކުރެވޭއިރު، އެ ޙުކުމުގެ މަޤޞަދް ޙާޟިލނުވު ހިނގައިދާނެކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރެއްޖެނަމަ، ނުވަތަ މައްސަލައިގައި ހިމެނޭ ދެފަރާތުންކުރެ ފަރާތަކަށް ގެއްލުމެއް ލިބިދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ ވަގުތީ އަމުރެއް ނެރެދިނުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެއެވެ.

22ދެވަނަ މަސްދަރަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:2012/SC-A/21 ޤަޟިއްޔާ އެވެ. އެ މައްސަލާގައި ވަގުތީ އަމުރު ނެރުމުގައި ބަލަން ޖެހޭ ޢާންމު ޝަރުޠުތަކެއް ބަޔާންކޮށްފައިވެއެވެ. އެޝަރުޠުތަކަކީ:

2. ވުގުތްއަމުރަށ އެދް ފަރާތަށް، ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރްކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންވުން؛ (fumus boni iuris) . 2 ވަގުތީ އަމުރު ނެރުމަކާނުލ އަޞްލާ މައުޟޫޢު ދަޢުވީ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން؛ (periculum in mora) އަދި

3. ވުގުތ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ "ޞިފަތު (capacity)"ނުވަތަ ޙައިޘިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާ ފަރާތެއްކަމުގައި ވުން ކަން އެނގެން އޮވެއެވެ.

22.މި މައްސަލާގައި ވަގުތީ އަމުރަކަށް އެދުނާ އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒއެ އޮތުމުގެ އިޙްތިމާލު ފާޅުކަންބޮޑު ގޮތެއްގައި އޮތްތޯ ބަލާއިރު، އެ ފަރާތްތަކަކީ ބިޑަށް ކުރިމަތިލި ފަރާތްތަކެއްކަން އެނގެއެވެ. މި މައްސަލައިގެ މައޟުއަށ ބަލާއިރް މި މައްސަލައަކީ، މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު K/13/2021/21-(IUL)13 (02 ޖެނުއަރީ 0202) އިޢުލާނުން، ހދ. ހަނިމާދޫގައި ހައުސިންގ ޔުނިޓްތައް ނިންމުމުގެ މަސައްކަތްކުރުމަށް ކުރެވުނު ޕްރޮކިއުމަންޓް ނަންބަރު R01-013-TES/2020/W ޓެންޑަރއާ ގުޅިގެން، ހުށަހަޅާފައިވާ ބިޑްތަކަށް ބަލާއިރު، އެންމެ ރަނގަޅު ބިޑްގ ގޮތުގައެ އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި އެ ސ.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑނު ހުށަހަޅާފައިވް ބިޑްކަނު އެނގެން އޮތްއިރުވެސް، އެ ފަރާތަށް ބިޑް އެވޯޑްކޮށްފައި ނުވާތީ ހުށަހަޅައިގެން ބަލަމުންދާ މައްސަލައެއްކަން އެނގެއެވެ. މިހެންކަމުން، މައްސަލައިގެ މައުޟއޫ ގައު ވަގުތީ އަމުރަށް އެދުނު އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑަށް ވަގުތީ އަމުރަށް އެދުމަށް ޤާނޫނީގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙތިމާލް ފާޅުކަންބޮޑު ގޮތެއްގައި ޤާއިމވު އޮތްކަމުގައި ބެލެވެން އެބައޮތެވެ.

ތަދާރުކު ނުކުރެވޭ ގެއްލުމެއް އޮތްކަން ނުވަތަ ނޫންކަން

20. ވަގުތީ އަމުރު ނެރުމަކާ ނުލައި އަޞްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ނުރައްކަލެއް އަދި ގެއްލުމެއް އެއްވެސް ފަރާތަކަށް ލިބުމުގެ އިޙްތިމާލު އޮތްތޯ ބަލާއިރު، މި ނުރައްކާ ނުވަތަ ގެއްލުން ވަޒަން ކުރަނީ ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓުންނެވެ. އެގޮތުން ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތި ވެދާނެ ކަމަށް ލަފާކުރާ ނުރައްކަލާއި ގެއްލުން ވަޒަންކުރާއިރު، ހަމައެކަނި އަމުރަށް އެދޭ ފަރާތަށް ކުރިމަތިވެދާނެ ނުރައްކަލާ އާ ގެއްލުމަށް ބެލުމަކީ ހަމަޖެހޭ ކަމަކަށް ނުވާނެއެވެ. ބެލެންސް އޮފް ކޮންވީނިއެންސް ޓެސްޓްގައި މައްސަލާގައް ހިމެނި އެންމެހައި ފަރާތަކަށް ލިބިދާނެ ގެއްލުން ވަޒަންކުރަން ޖެހޭނެއެވެ.

23މި މައްސަލާގައި ހިމެނޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބުމުގެ އިޙްތިމާލު އޮތް ތުރާތަކާއި ގެއްލުންތަކާބެހޭ ގޮތުން ޝަރީޢަތުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން، ވަގުތީ އަމުރު ނުނެރެފިނަމަ އެ ފަރާތަށް ލިބޭނީ މާލީ ގޮތުން ޕްރޮޖެކްޓުނ ލިބް ފައިސާގެ މަންފާ އެކަނި ނޫންކަމަށާއި، އޭގެއިތުރުން، އިސްތިއުނާފު ރައްދުވާ 28 SC 2021] އެ ސ.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ ޖުމައިރ މެނޭޖްމަންޓާ ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ފަރާތްތަކުގެ ޢަމަލީ ތަޖުރިބް އާއި، ކުރިއަށްއޮތް ތަނުގައި އުފަރާތްތަކުން ކުރިމަތިލާ އެހެން ޕްރޮޖެކްޓްތައ ކާމިޔާބު ނުވުމުގެ މައްޗަށްވެސް އަސަރިފޯރާނޭ ކަމަށެވެ. އަދުއިސްތިއުނާފ ރައްދުވު ފަރާތްތަކަށް ލިބިދޭ އެންމެހާ ޙައްޤުތައް ގެއްލިގެން ދިޔުމަކީ ލިބިގެންދާނެ ފޫނުބެއްދޭނެ ގެއްލުމެއްކަމަށް އިސްތިއުނާފރައްދުވާ ފަރާތްތަކުން ބުނެއެވެ.

21. އިސްތިއުނާފު ކުރެވިފައި މިވާ ވަގުތީ އަމުރު ނެރެދއްވާފައިވަނީ، ދިވެހިރާއްޖޭގެ ސ ޕްރީމް ކޯޓުގެ އެސް.ޕީ.އެޗު ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓް ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި، ވަގުތީ އަމުރު ނެރުމަކާނުލއަ އަސްލު މައުޟޫޢީ ދަޢު ވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލާއި ގެއްލުން ވަޒަންކުރާއިރު، މައްސަލާގައި ހިމެނޭ އެންމެހާ ފަރާތްތަކަށް ލިބިދާނެ ގެއްލުން ޝަރީޢަތުން ވަޒަންކުރަންޖެހޭނެ ކަމަށް ކަނޑައަޅުއްވާފައިވ އުޞޫލާ ޚިލާފަށްކަމަށާއި، ވަގުތީ އަމުރު ނެރުމުގެ ސަބަބުނު ދައުލަތާއި ރައްޔިތުންނަށް އޮތް ގެއްލުމަކީ، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ބޯހިޔާވަހިކަން ޤާއިމްކޮށްދިނުމަށްޓަކައި، ސަރުކާރުގެ ފަރާތުން ކުރެވޭ މަސައްކަތް އެކަށީގެންނުވާ މިންވަރަށް ލަސްވެ، ރައްޔިތުންނަށް ނިކަމެތިކަމާ ކުރިމަތިލާންޖެހިދާނެކަމަށ ދައުލަތުން ބުނެއެވެ. އަދި ވަގުތީ އަމުރު ނުނެރު މުގެ ސަބަބުން އިސްތިއުނާފުރައްދުވާ ފަރާތްތަކަށް ލިބޭނެކަމަށް ބުނާ ގެއްލުމުގެ ބަދަލު، އެ ބަދަލު ދޭންޖެހިއްޖެ ހާލަތެއްގައި ބަދަލު ދިނުމުގެ ޤާބިލުކަން ދައުލަތަށް ލިބިގެންވާކަމށަ ވެ.

21. އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓް ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއަށް ބަލާއިރު، އެ ޤަޟިއްޔާ ގައި ބަޔާންކުރައްވާފައިވަނީ، ވގުތަ އަމުރު ނެރުމަކާނުލައި އަޞްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލާއި ގެއްލުން ވަޒަންކުރާއިރު، މައްސަލާގައި ހިމެނޭ އެންމެހާ ފަރާތްތަކަށް ލިބިދާނެ ގެއްލުން ޝަރީޢަތުން ވަޒަންކުރަންޖެހޭނެކަމަށެވެ.

29އިސްވެ ބުނެވުނު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލު މި މައްސަލައަށް ތަޠްބީޤުކޮށް ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބލަ އާރު، ވަގުތީ އަމުރަށް އެދިފައިވާ ފަރާތްތަކަކީ، މިނިސްޓްރީ އޮފް ފިނޭންސގް ނަންބަރު K/13/2021/21-(IUL)13 (02 ޖެނުއަރީ 0202) އިޢުލާނުން، ހދ. ހަނިމާދޫގައި ހައުސިންގ ޔުނިޓްތައް ނިންމުމުގެ މަސައްކަތްކުރުމަށް ކުރެވުނު ޕްރޮކިއުމަންޓް ނަންބަރު R01-013-TES/2020/W ޓެންޑަރއ ގުޅިގެނާ ޖޮއިންޓް ވެންޗަރކޮށ ބިޑް ހުށަހަޅާފައިވް ފަރާތްތަކެއްކަން އެނގެއެވެ. ހުށަހަޅާފައިވާ ބިޑްތަކަށް ބަލާއިރު، އެންމެ ރަނގަޅު ބިޑްގ ގޮތުގައެ އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑނު ހުށަހަޅާފައިވް ބިޑްކަނ އެނގެން އޮތްއިރުވެސް، ދައުލަތުގެ މާލިއްޔަތު ޤަވާއިދާ ޚިލާފަށް ނޭޝަނަލް ޓެންޑަރ ބޯޑުން ޢަމަލުކޮށް، ބިޑް އިވެލުއޭޓްކޮށްފައި ނުވާތީ، ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ބިޑްގައި 0 ރިކުއަރމަންޓެއް ފުރިހަމނުވާކަމަށް ނޭޝަނަލް ޓެންޑަރ ބޯޑުން ބުނެފައު ވީނަމަވެސް، އެ ރިކުއަރމަންޓް ފުރިހަމަވާކަމަށް، މުސްތަޤިއްލު ރިވިއު ކޮމެޓީން އަންގާފައިވާކަމަށް ބުނެ އިސްތިއުނާފު ރައްދުވާ ފަރާތުން ވަގުތީ އަމުރަކަށް އެދިފައިވުމުން ބިޑް އިވެލުއޭޓް ކުރުމާމެދު މި ދެފަރާތުގެ ޚުޞޫމާތެއް އުފެދިފައިވާކަން އެނގެއެވެ. އަދި އެވާހަކަތައް ދައުލަތުން އިންކާރުކޮށްފައެއް ނުވެއެވެ.

22. މި މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބުމުގެ އިޙްތިމާލު އޮތް ގެއްލުންތަކަށް ވަޒަންކުރާއިރު، އިސްވެ ބަޔާންކުރެވުނު ޕްރޮޖެކްޓް އާއި ގުޅިގެން ދެފަރާތުގެ ދެމެދުގައި ޚުޞޫމާތެއް އުފެދިފައިވާއިރު، ވަގުތީ އަމުރެއް ނުނެރުމުގެ ސަބަބުން ނިކުންނާނެ ނަތީޖާއަކީ އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އެދިފައިވާ ގޮތަށް، ބިޑް އިވެލުއޭޓްކޮށް އެ ފަރާތްތަކަށް ބިޑް އެވޯޑް ކރުމަށު ދައުލަތަށް އަމުރުކުރާ ޙާލަތެއް މެދުވެރިވިނަމވެސް، އ ފަރާތްތަކަށް ބިޑް އެވޑޯ ނުކުރެވި، ހދ. ހަނިމާދޫގައި ހައުސިންގ ޔުނިޓްތައް ނިންމުމުގެ މަސައްކަތްކުރުމަށި އިޢުލާންކޮށްފައިވާ ޕްރޮޖެކްޓް ލިބުމުގެ ފުރުޞަތު ގެއްލުމެވެ. އެގޮތުން މިފަދަ ޙާލަތެއް މެދުވެރިވެގެން އެފަރާތްތަކަށް ބަދަލއެ ދޭންޖެހޭފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެއީ ދައުލަތަށްވެސް ލިބޭނެ ބޮޑު ގެއްލުމެއްކަން ފާހަގަކުރެވެއެވެ. އަދި ދައުލަތުގެ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ލިބޭނޭކަމަށް ބުނާ ގެއްލުމަކީ އިޢާދަކުރެވޭނެ އަދި ފައިސާއިން ބަދަލު ދެވިދާނެ ގެއްލުމެއް ކަމުގައި ބުނެފައިވާއިރު، ދައުލަތުގެ ފަރާތުން ހަދާފައިވާ ގޯހަކުން، ކޯޓުން ބަދަލު ދޭން ކަނޑައަޅާ މިފަދަ ކޮންމެ ޙާލަތެއްގައި، ދައުލަތުގެ ބަޖެޓުން އކުރެވެނެ ކުރަންނޖެހޭ ވަރަށުބޮޑު ޚަރަދެއްކަމުގައި ބެލެވެއެވެ. އެހެންކަމުން ވަގުތީ އަމުރު ނެރުމުގެ ސަބަބުން ދައުލަތަށް ލިބުމުގެ އިޙތިމާލް އޮތު ގެއްލުމަށްވް ރ، ވަގުތީ އަމުރު ނުނެރުމުގެ ސަބަބުން އިސްތިއުނާފު ރައްދުވު ފަރާތްތަކަށް ލިބުމުގެ އިޙްތިމާލު އޮތް ގެއްލުން ބޮޑުކަން ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތްކަން ފާހަގަކުރެވެއެވެ.

24. އިސްތިއުނާފުކުރެވިފައި މިވާ ވަގުތީ އަމުރާ ގުޅޭ މައްސަލައަކީ ބީލަމަކާ ގުޅިގެން ޚުޞޫމާތެއް އުފެދިފައިވެ މައްސަލައަކަށްވާއިރު، ބީލަމަކ ގުޅިގެނާ މައްސަލައެއް އޮތްނަމަ، އެކަން ޙައްލުކުރާނެ އިޖުރާޢތްތައަ ދައުލަތުގެ މާލިއްޔަތު ޤވަ އިދާ ގައު ބަޔާންކޮށްފައިވެއެވެ. މާލިއްޔަތު ޤަވާއިދުގައިވާ އިޖުރާޢަތގު ތެރެއިންވެސް މައްސަލައަށް ޙައްލު ނުލިބިއްޖެނަމަ ދެނު އޮތް ޙައްލަކީ ޝަރީޢަތަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުންކަން އެނގެއެވެ. މިފަދަ ހާލަތެއްގައި ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި، މައްސަލައެއް ރައްދުވާ ޚަސްމަކީ ދައުލަތް ކަމުގައިވީނަމަވެސް، ނުވަތަ ޢާންމު ފަރުދެއްކަމުގައި ވީނަމަވެސް، ޙައްޤެއް ގެއްލިއްޖެކަމަށް ދެކިގެން، އެކަށީގެންވާ ޤާނޫނީ ސަބަބެއް ދެއްކުމާއެކު، ދަޢުވާއެއް ކުރުމަކީ، އެ ޙައްޤެއް ގެއްލުނުކަމަށް ބުނާ ފަރާތުގެ އަސާސީ ޙައްޤެއްކަމުގައި ދެކެމެވެ.

26. ސިވިލް ކޯޓަށް ހުށަހެޅިފައިވާ ދަޢުވާގެ ޝަރީޢަތް ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް ނުވަތަ ގެއްލުމަކުން ޙުކުމުގެ މަޤްޞަދު ޙާޞިލުނުވެ ހިނގައިދާނެ ކަމުގެ ބިރު އޮތްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާއިރު، އިސްތިއުނާފު ކުރެވިފައި މިވާ މައްސަލަ ސިވިލް ކޯޓުން ބަލަމުން ގެންދަނީ އަވަސް ނިޔާގެ މައްސަލަތައް ބަލާ ސެކްޝަނުނކަން އެނގެއެވެ. އަދި ދެފަރާތުން މި ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން، ސިވިލް ކޯޓުގައި ހިނގަމުންދާ މައުޟޫއީ ދަޢޯ ވާ މިހާރު އޮތީ ޙުކުމް ކުރު ހިސާބުގައިކަމުން، މައުޟޫއީ ދަޢވާއާމެދ ގޮތެއު ކަނޑައެޅު ފައިޞަލާކުރުމަށް ހޭދަވާނެ ކުރީ މުއްދަތެއްކަމަށް ބެލެވެއެވެ. އެހެންކަމުން ސިވިލް ކޯޓަށް ހުށަހެޅިފައިވާ ދަޢުވާ ލަސްވެދާނެކަމަށް ދެކިގެން އެ ޤަޟިއްޔާ ގައި ނެރެފައިވާ އަމުރަކީ ޝަރުޢީ އަދި ޤާނޫނީއުޞޫލާ ޚިލފަށާ ނެރެފައިވާ އަމުރެއްކަމަށް ދެކޭނެ ޤާނޫނީ ހަމައެއް އޮތްކަމަކަށް ނުދެކެމެވެ. ގަވާއިދު ނަންބަރު 20-2017/R (ދައުލަތުގެ މާލިއްޔަރު ގަވާއިދު) ގެ 33.23 އިން .3633 ވަނަ މާއްދާ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޝަރީޢަތް ކުރުމާބެހޭ ޤަވާޢިދު - ވަގުތީ އަމުރުގެ މާއްދާ (ފައިލުގައި '061' ގޮތަށް ފެންނަނީ؛ ނަންބަރު ސާފުނޫން)
  • ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާ
  • SPH Pvt Ltd v Jumeirah Management Services (Maldives) Pvt Ltd [2021 SC 28] (ސުޕްރީމް ކޯޓު)
  • ގަވާއިދު ނަންބަރު 2017/R-20 (ދައުލަތުގެ މާލިއްޔަތު ގަވާއިދު) - ބީލަމާބެހޭ ޝަކުވާ ޙައްލުކުރުމުގެ މާއްދާތައް (ނަންބަރުތައް ފައިލުގައި ހަލަބޮލި)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ