އަޙްމަދު މުޙައްމަދު ވ. މޯލްޑިވްސް ޕޮލިސް ސަރވިސް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 144-B4-CR2/VN/2021/04
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓު: 2021/SC-A/104 — ހައިކޯޓުގެ ޙުކުމް ދަމަހައްޓާފައި
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޕޮލިސް ބޯޑުން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން ގޯސްކަމަށް ބުނެ ސިވިލް ކޯޓުގައި ހުށަހެޅި މައްސަލައެއްގައި، މައްސަލަ ނިމެންދެން ވަޒީފާއިން ވަކިނުކުރުމަށް ވަގުތީ އަމުރު ނެރެދިނުމަށް އެދުމުން އެކަން ރަދްދުކުރި ސިވިލް ކޯޓުގެ ނިންމުމުގައި ސަބަބު ފުރިހަމައަށް ބުނެދީފައިވޭތޯއާއި، ނެކްސްބިޒް ޝަރުތުތަކާއި ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓުގެ ދަށުން ވަގުތީ އަމުރު ނެރެދޭންޖެހޭތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބަދަލުކުރުމަށް ތަޙުލީލު (3 ފަރާތަކަށް ވަގުތީ…ދަށުކޯޓުގެ ނިންމުން ބަދަލުކުރުމަށް ތަޙުލީލު (3 ފަރާތަކަށް ވަގުތީ އަމުރުގެ ޝަރުތު ފުރިހަމަ، ވަކިކުރެވިފައިވާ 2 ފަރާތަށް ފަރުވާއެއް ނެތް)؛ ޙުކުމުގެ ބައި ފައިލުގައި ނެތް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ނިންމުމަށް ވާޞިލުވި ސަބަބު ބަޔާންކުރުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދޭ އިންސާފުވެރި ޝަރީޢަތުގެ މައިގަނޑު ޢުންޞުރެކެވެ. މި ވާޖިބު ހަމައެކަނި ޙުކުމަށް ޚާއްޞަ ނޫން؛ ވަގުތީ އަމުރާމެދު ނިންމާ ނިންމުންތަކުގައިވެސް ފަނޑިޔާރު ނިންމުމަށް ވާޞިލުވި ސަބަބުތައް ތަފުޞީލުކޮށް ބަޔާންކުރަން ޖެހޭނެއެވެ. އެ ސަބަބު އެނގުމަކީ ޚަޞްމުންގެ ޙައްޤެކެވެ.
HN2 ވަގުތީ އަމުރު ރަދްދުކުރާއިރު، ނެކްސްބިޒް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަންކަމުގެ ތެރެއިން ފުރިހަމަނުވަނީ ކޮން ކަމެއްކަމާއި ކީއްވެގެންކަމާއި، ޢަދާލަތުގެ ހަމައާއި ޤަވާއިދުގެ މާއްދާއަށް ރިޢާޔަތްކުރި ގޮތް ބުނެނުދީ، ހަމައެކަނި އެ މަސްދަރުތަކަށް ޙަވާލާދިނުމަކީ ސަބަބު އެކަށީގެންވާ މިންގަނޑަކުން ބުނެދިނުމެއް ނޫނެވެ.
HN3 ވަގުތީ އަމުރެއްގައި ހޯދަން އެދޭ ފަރުވާ (މައްސަލަ ނިމެންދެން ނިންމުމަށް ޢަމަލުކުރުން މަޑުޖެއްސުން) އަދި އަސްލު ދަޢުވާގައި ހޯދަން އެދޭ ފަރުވާ (ނިންމުން ބާޠިލުކަމަށް ކަނޑައެޅުން) ތަފާތުނަމަ، އެ އަމުރަކީ މައުޟޫޢުގައި ކުރެވޭ ޙުކުމުގެ ނަތީޖާއަށް އަސަރުކުރާ ގޮތަށް ދުރާލާ ދާއިމީ ޙިމާޔަތެއް ދިނުމެއް ނޫނެވެ؛ އެގޮތަށް ވާނަމަ އެއީ ކިހިނެއްކަން ނިންމުމުގައި ސާފުކޮށް ބުނެދޭން ޖެހެއެވެ.
HN4 ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް ވ. އެންޓި-ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގެ މަތިން ވަގުތީ އަމުރަކަށް އެދޭ ފަރާތުގައި 3 ޝަރުތު ފުރިހަމަވާން ޖެހެއެވެ: ޤާނޫނީ ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި އޮތުން؛ އެފަދަ އަމުރަކަށް އެދުމުގެ ޞިފަތު ލިބިފައިވުން؛ އަމުރު ނުނެރެ ނުވަތަ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ އިޢާދަނުކުރެވޭ ނުރައްކަލަކާ ނުވަތަ ގެއްލުމަކާ ކުރިމަތިލާން ޖެހުން. ޝަރީޢަތްކުރުމާބެހޭ ޤަވާއިދުގެ ދަށުން، ޙުކުމުގެ މަޤްޞަދު ޙާޞިލުނުވެދާނެ ނުވަތަ ފަރާތަކަށް ގެއްލުން ލިބިދާނެނަމަ ވަގުތީ އަމުރު ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ.
HN5 ވަޒީފާ ގެއްލުމުގެ އިޙްތިމާލު އުފެދިފައިވާ ނިންމުމެއްގެ ޞައްޙަކަމާ ސުވާލުއުފައްދައި ކޯޓަށް ހުށަހަޅާ ފަރާތްތަކަށް ވަގުތީ އަމުރަށް އެދުމުގެ ޞިފަތު ލިބިގެންވެއެވެ. ނަމަވެސް އިސްތިއުނާފު ހުށަހެޅިއިރު ވަޒީފާއިން ވަކިކުރެވިފައިވާ ފަރާތްތަކަށް، (ވަޒީފާއިން ވަކިނުކުރުމަށް އެދޭ) ވަގުތީ އަމުރުން ލިބޭނެ ފަރުވާއެއް ނެތެވެ.
HN6 މައުޟޫޢީ ޙައްޤެއް އޮތުމުގެ އިޙްތިމާލު އެނގޭނީ މައްސަލައިގެ ވާޤިޢާތަކުންނެވެ؛ ޙުކުމެއްގެ ނަތީޖާގައި ވަޒީފާ އިޢާދަކުރަން ނިންމައިފިނަމަ، އެ މަޤާމަށް އެހެން ދާއިމީ މުވައްޒަފަކު ނެގިފައިވުމަކީ ތަންފީޒަށް ހުރަސްއެޅިދާނެ ކަމަކަށްވާތީ، އެފަދަ ޙާލަތުގައި މައުޟޫޢީ ޙައްޤެއް އޮތްކަމަށް ބެލެވެއެވެ.
HN7 ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓުގެ ދަށުން ބަލަންޖެހެނީ ވަގުތީ އަމުރު ނެރުމާއި ނުނެރުމުގެ ސަބަބުން ބޮޑު ގެއްލުން ތަޙައްމަލުކުރަން ޖެހޭނީ ކޮން ފަރާތަކަށްތޯއެވެ. ވަޒީފާގައި ތިބި ބަޔަކަށް މުސާރަ ދިނުމަކީ ދައުލަތަށް ލިބޭ ގެއްލުމެއް ނޫނެވެ؛ ސަފުތަކުގެ ބަދަހިކަމަށް ގެއްލުން ލިބިދާނެކަމަށް ހަމައެކަނި އިޙްތިމާލެއްގެ މައްޗަށް ބުރަވެ ބުނާ ބުނުން ގަބޫލެއް ނުކުރެވެއެވެ. ވަޒީފާ އަދާކުރުމުގެ ޙައްޤަކީ ދިރިހުރުމުގެ ޙައްޤާ ގުޅިފައިވާ އަސާސީ ޙައްޤަކަށްވާތީ، މައުޟޫޢީ މައްސަލަ ނިމެންދެން ސްޓޭޓަސް ކޯ ބޭއްވުން މުހިންމެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މުޙައްމަދު ފައިޞަލް، މުޙައްމަދު ނިޔާޒް، ފާޠިމަތު ފަރްހީޒާ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ފައިޞަލް · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، ފާޠިމަތު ފަރްހީޒާ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1ޢަބްދްﷲ ޝެރީފ، މާލީ
5މުޙައްމަދު ދާއ ދ / […]، ހއ. ހޯރަފުށި އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ފުލުހުންގެ ޚިދުމަތް (ދައުލަތް) މައްސަލައިގެ ބާވަތް: ވަގުތީ އަމުރާމެދު ނިންމިގޮތް މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު މުޙައްމަދު ފައިޞަލް ފަނޑިޔާރު މުޙައްމަދު ނިޔާޒް ފަނޑިޔާރު ފާޠިމަތު ފަރހީޒ 33 ރަބީޢުލްއައްވަލ 3112 ނިމުނު ތާރީޚް: 35 އޮކްޓ ބަރް 3233 33 ރަބީޢުލްއައްވަލް 3112 ހައިކޯޓުގައި ޤަޟިއްޔާ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 33 އޮކްޓ ބަރު 3233 އިސްތިއުނާފުކުރެވުނު މައްސަލަ: ނަންބަރު: CR2/VN/2021/04-B4-144 ނިންމި ތަން: ސިވިލް ކޯޓު ބާވަތް: ވަގުތީ އަމުރާމެދު ނިންމިގޮތް ހުށަހެޅުނު ތާރީޚް: 26 އޮކްޓޫބަރު 3233 ނިމުނު ތާރީޚް: 32 އޮކްޓޫބަރު 3233 މަދަނީ – ވަގުތީ އަމުރު – ނިންމުމަށް ވާޞިލުވި ސަބަބު ބުނެދިނުން – ވަގުތީ އަމުރެއް ނެރުމުގެ ސަބަބުން މައްސަލައިގެ މައުޟޢުގައ ކުރެވި ޙުކުމަށް އަސަރުކުރޭތޯ ބެލުން – ވަގުތީ އަމުރަކަށް އެދޭ ފަރާތުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތައް – ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓް ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔު: (މި ރައުޔަށް ފަނޑިޔާރު މުޙައްމަދު ނިޔާޒް އަދި ފަނޑިޔާރު ފާޠިމަތު ފަރި ހީޒް ތާއީދުކުރައްވާފައ) މައްސަލައިގެ ތަޢާރފަ :
3ސިވިލް ކޯޓުގެ ނަންބަރު CR2/VN/2021/04-B4-144 "ވަގުތީ އަމުރާއމެދި ނިންމިގޮތް" ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެ ނިންމުން އިސްތިއުނާފު ކުރުމަށް އެދި މާލެ، މ. 2 1 ގުލބްހާރުގެ އަޙްމަދު މުޙައްމަދު އާއި، ގދ. ތިނަދޫ / ވެސްޓްލައިޓް، މުޙައްމަދު ޖަމްޝީދު އާއި މާލެ / 4 3 ދަފްތަރު ނަންބަރު ރސ 2326، އިސްމާޢީލް ޝަމީމް އާދަމް އާއި މާލެ، ޢަބްދުﷲ ޝަރީފް އާއި ހއ. ހޯރަފުށި / ރުވާމާގެ، މުޙައްމަދު ދާއޫދު ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަ ޅާފައިވެއެވެ.
3. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ދިވެހި ފުލުހުންގެ ޚިދުމަތް (ދައުލަތް) އެވެ.
ސިވިލް ކޯޓުގައި ނެރެދިނުމަށް އެދުނު އަމުރު
2. ސިވިލް ކޯޓުގެ ނަންބަރު 3439/Cv-C/2021 ޤަ ޟިއްޔާގައި ހިނގަމުންދާ މައްސަލައާ ގުޅިގެން އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު އާއި އިސްމާޢީލް ޝަ މީމ އާދަމް އާއް ޢަބްދުﷲ ޝަރީފް އާއި މުޙައްމަދު ދާއދުގެ ފަރާތުން ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ހުށަހެޅިއެވެ.
1. ސިވިލް ކޯޓުގެ ނަންބަރު 3439/Cv-C/2021 ޤަޟިއްޔާގެ މައުޟޢުއަށ ބަލާއިރް އެއީ ޤާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު)ގެ 2 ވަނަ މާއްދާގެ (ނ) އާއި ޙަވާލާދީ އިސްތިއުނާފުކުރާ 25 (ފުހެއް) މީހުން ޤާނޫނުއަސާސީ އާއި ޤާނނ ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) އާއި ޚިލާފަށް ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމާފައިވާތީ އާއި، ޕޮލިސް ބޯޑުގެ މި ނިންމުމުގެ މައްޗަށް ބިނާކޮށް އިސްތިއުނާފުކުރ ފަރާތްތަކުގެ ތެރެއިނާ އަޙްމަދް މުޙައްމަދު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުން އަދި މުޙައްމަދު ޖަމްޝީދު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގެ ވަޒީފާއިން 32 އޮކްޓ ބަރު 3233ގެ ތާރީޚުގައި ވަކިކުރމަށު ފުލުހުންގެ އިދާރާއިން ލިޔުން ޙަވާލުކޮށްފައިވާތީ، އެ ނިންމުމަކީ ބާޠިލް ނިންމުމެއް ކަމުގައި ކަނޑައަޅައިދިނުމަށާއި، އަދި ޕޮލިސް ބޯޑުން ނިންމާފައިވާ އެނިންމުމުގެ މައްޗަށް ބިނާކޮށް އިސްތިއުނާފުކުރާ ފަރާތްތަށ ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ނިންމުމަކީ ދިވެހި ޖުމްހ ރިއްޔާގެ ޤާނޫނުއަސާސީ އާއި، ޤާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު)އާއި، ޤާނޫނީ އުޞޫލުތަކާއި، ޢަދުލު އިންޞާފުގެ ހަމަތަކާއި ޚިލާފަށް ނިންމާފައިވާ ނިންމެވުމެއް ކަމުގައި ކަނޑައަޅައި ދިނުމަށާއި، ފުލުހުން ވަޒީފާއިން ވަކިކުރުމަށް ނިންމުމުގެ ބާރަކީ، ޤާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު)ގެ ދަށުން ޕޮލިސް ބޯޑަށް ލިބިދޭ ބާރެއް ނޫންކަމުގައ ކަނޑައަޅައި ދިނުމަށް އެދި، ދިވެހި ފުލުހުންގެ ޚިދުމަތް (ދައުލަތް)ގެ މައްޗަށް ހުށަހެޅުނު މައްސަލައެކެވެ.
5މި މައްސަލައިގެ ތެރެއިން އިސްތިއުނާފުކުރާ ފަރާތްތަކުން އެދިފައިވަނީ، ބުނެވުނު ސިވިލް ކޯޓުގެ ނަންބަރު 3439/Cv-C/2021 ޤަޟިއްޔާގައި ފައިޞަލާ ކުރަނިވި ޙުކުމެއް ކުރުމުގެ ކުރިން އިސްތިއުނާފުކުރާ ފަރާތްތައް ވަޒީފާއިން ވަކިކުރުމާގުޅޭ އެއްވެސް ކަމެއް ނުކުރުމަށާއި، ދަޢުވާކުރާ ފަރާތްތައް ވަޒީފާ އަދާކުރުމުގެ ހައްޤަށ ހުރަސް އެޅިދާނެ އެއްވެސް ކަމެއް ނުކުރުމަށް، ދިވެހި ފުލުހުންގެ ޚިދުމަތަށާއި، ޕޮލިސް ބޯޑު އަދި ކަމާގުޅޭ އެންމެހައި އިދާރާތަކުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމެވެ.
ސިވިލް ކޯޓުން ވަގުތީ އަމުރާއި ގުޅޭގޮތުން ނިންމި ގޮތް
6ސިވިލް ކޯޓުގެ ނަންބަރު CR2/VN/2021/04-B4-144 ވަގުތީ އަމުރާމެދު ނިންމިގޮތުގައި ބުނެފައި އޮންނަނީ؛ "....ވަގުތީ އަމުރާއި މެދުގައި ގޮތެއް ނިންމުމުގައި ޝަރީޢަތުގެ ފަރާތުން ފުރަތަމަ ބަލަންޖެހޭނީ ސުޕްރީމް ކޯޓުގެ ނަންބަރ 2012/SC-A/21 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކުގެ މައްޗަށްކަމާއި، އަދި ޝަރީޢަތްކުރުމާއި ބެހޭގޮތުން ހެދިފައިވާ ޤަވާޢިދު 26 ގެ 335 ވަނަ މާއްދާގައިވާ ގޮތުގެ މައްޗަށްކަމާއި، ދެވަނައަށް ބަލަންޖެހެނީ ވަގުތީ އަމުރާއި މެދު ގޮތެއް ނިންމުމުގައި ޝަރީޢަތުގެ ޢަދާލަތުގެ ހަމަ (އިކިއުޓީ) އަށް ކަމާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި، އަދި ސިވިލް ކޯޓުގެ ނަންބަރު C/2012-v483/C ޤަޟިއްޔާގައި ވަގުތީ އަމުރާމެދު ނިންމި ގޮތުގައި، ޝަރީޢަތުގެ ޢަދާލަތުގެ ހަމަ (އިކިއުޓީ) އަށް ރިޢާޔަތްކޮށް އެކަށައަޅާފައިވާ ހަމަތަކާއި، ޝަރީޢަތްކުރުމާއި ބެހޭ ގޮތުން ހެދިފައިވާ ޤަވާއިދު 26 ގެ 335 ވަނަ މާއްދާގައިވާ ގޮތުގެ މައްޗަށް ވަގުތީ އަމުރެއް ނެރެންޖެހޭ ޙާލަތުގެ ކަމެއް، ދަޢުވާކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި މެދުވެރިވެގެން އޮތްކަން އެނގެން ނެތްކަމާއި، ވަގުތީ އަމުރު ނެރުމާއި ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި ކަނޑައަޅުއްވާ ފައިވާ އުޞ ލުތަކަށް ރިޢާޔަތްކުރާއިރު، ދަޢުވާކުރާ ފަރާތްތަކުން އެދިފައިވާ ގޮތަށް ވަގުތީ އަމުރެއް ނެރެދީފިނަމަ، ވެގެންދާނީ މި މައްސަލާގެ މައުޟ އުގައި ކުރެވޭ ޙުކުމުގެ ނަތީޖާއަށް އަސަރުކުރާނެ ގޮތަށް ދުރާލާ ވަގުތީ އަމުރަކުން ދާއިމީ ޙިމާޔަތެއް ލިބިދިނުން ކަމުގައިވާތީ ދަޢުވާކުރާ ފަރާތްތަކުން އެދިފައިވާ ގޮތަށް ވަގުތީ އަމުރެއް ނެރެދެވޭނެ ތަނެއް ނެތްކަމުގައި ކަނޑައަޅައިފީމެވެ." މިފަދައިންނެވެ.
އިސްތިއުނާފީ ނުކުތާތައް
3. ސިވިލް ކޯޓުގެ ނަންބަރު CR2/VN/2021/04-B4-144 ނިންމުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އޞު ލުތަކާ ޚިލާފަށް ކަމަށް ބުނެ، އިސްތިއުނާފު ކުރާ ފަރާތްތަކުން އަންނަނިވި ނުކުތާތައް ހުށަހަޅާފައިވެއެވެ.
3.3- ސިވިލް ކޯޓުގެ ނަންބަރު 3439/Cv-C/2021 ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތްތަކުން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރު ނެރެދެވޭނެ ތަނެއް ނެތްކަމަށް ސިވިލް ކޯޓުގެ ނަންބަރު CR2/VN/2021/04-B4-144 "ވަގުތީ އަމުރާމެދު ނިންމިގޮތް" ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2012/SC-A/21 ޤަޟިއްޔާގަ އ އާއި ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދުގެ 6 ގެ 335 ވަނަ މާއްދާ އާއި ޢަދާލަތުގެ ހަމައަށް ހަވާލާދެއްވާފައިވާއިރު، ބުނެވިދިޔަ ޤަޟިއްޔާގައި ނުވަތަ ޤަވާއިދުގައި ނުވަތަ ޢަދާލަތުގެ ހަމައިން ބަލާއިރު ވަގުތީ އަމުރެއް ނެރެންޖެހޭ ސަބަބެއް ނެތް ކަމުގައި ނިންމާފައިވާ ސަބަބު ނުވަތަ ނިންމުމަށް ވާސިލުވި ސަބަބު ބުނެދެވިފައިނުވުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/101 (އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ ޖުމެއިރާ މެނޭޖްމަންޓް ސަރވިސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/256 (ފާޠިމަތު ޢަބްދު ﷲ ވ އެޓަރނީ ޖެނެރަލް އޮފީސް) ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި ޤާނޫނުއަސާސީގެ 13 ވަނަ މާއްދާގެ (ހ) އާއި 312 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
3.3- ސިވިލް ކޯޓުގެ ނަންބަރު 3439/Cv-C/2021 ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތްތަކުން ނެރެދިނުމަށް އެދި ފައިވާ ވަގުތީ އަމުރު ނެރެދޭނެ ތަނެއް ނެތްކަމަށް ސިވިލް ކޯޓުގެ ނަންބަރު CR2/VN/2021/04-B4-144 "ވަގުތީ އަމުރާމެދު ނިންމިގޮތް" ގައި ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/101 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓުގެ އުޞޫލާއި ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
3.2- ސިވިލް ކޯޓުގެ ނަންބަރު 3439/Cv-C/2021 ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތްތަކުން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރު ނެރެދެވޭނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުގެ ނަންބަރު CR2/VN/2021/04-B4-144 "ވަގުތީ އަމުރާމެދު ނިންމިގޮތް" ގައި ނިންމާފައިވަނީ، ޤާނޫނު ނަންބަރު 13/2010 (ފަނޑިޔާރުންގެ ޤާނޫނު)ގެ 5 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރާ ޚިލާފަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ހެއްކާއި ޤަރީނާއަށް ފުރިހަމައަށް ރިޢާޔަތްނުކޮށް އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާ ގައި ހެކި ސާބިތުކޮށްދިނުމުގެ ބުރައާއި، ޝަރީޢަތުން ހެކި ވަޒަންކުރުމުގައާއި ހެއްކަށް ބުރަދަންދިނުމުގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
3.1- ވަގުތީ އަމުރުގެ ޠަބީޢަތާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ރިޢާޔަތް ކުރުމެއްނެތި މައްސަ ލައިގެ ޝަރީޢަތް ކުރިއަށް ގެންދިއުމާއި، މިގޮތުން ވަގުތީ އަމުރާ އެފަދަ އަމުރުތަކާ މެދު ޢަމަލު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/263 (ސްޓޭޓް ބޭންކް އޮފް އިންޑިއާ ވ ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާއާއިދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރު 2014/HC-A/173 (މުސްޠަފާ މުޙައްމަދާ ދީދީ ވ އެޓަރނީ ޖެނެރަލް އޮފީސް) ޤަޟިއްޔާއާއިދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/317 (ޢާމިރު މަންޞ ރ ވ ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞލުތަކ ޚިލާފަށާ މައްސަލް ކުރިއަށް ގެންގޮސް އެކަށީގެންވާ އަވަސް މިނުގައި އިންޞާފުން ޝަރީޢަތް ކުރުމުގެ ޙައްޤަށް ހުރަސްއެޅޭ ގޮތަށް ޢަމަލު ކޮށްފައިވުމަކީ ޤާނޫނުއަސާސީގެ 13 ވަނަ މާއްދާގެ (ހ) އާއި 312 ވަނަ މާއްދާގެ (ރ) ގައި މަތީ މަރުޙަލާގެ ކޯ ޓުތަކުނ ނިންމް ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވުން ލާޒިމްކުރާ އުޞ ލ ޚިލާފަށާ ވަގުތީ އަމުރުގެ ޝަރީޢަތުގެމަޖިލިސ ކުރިއަށް ގެންދިއުނިކަމަށ ބުން ހުށަހެޅ ނުކުތާ.
އިސްތިއުނާފުކުރާ ފަރާތްތަކުން އެދޭ ގޮތް
8އިސްތިއުނާފު ކުރާ ފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 3439/Cv-C/2021 ޤަޟިއްޔާގައި އިސްތިއުނާފު ކުރާ ފަރާތްތަކުން އެދިފައިވާ ފަދަ އިން ވަގުތީ އަމުރެއް ނެރެދިނުމަށާއި، އިސްތިއުނާފުކުރާ ފަރާތްތަކުގެ ތެރެއިން މުޙައްމަދު ޖަމްޝީދުއާއި، އަޙްމަދު މުޙައްމަދު ވަޒީފާއިން ވަކިކުރިކަމަށް ބުނެ އިސްތިއުނާފު ރައްދުވާ ފަރާތުން އަޅާފައިވާ ފިޔަވަޅަކީ، މައްސަލަ ކޯޓަށް ހުށަހެޅުނުފަހުން އަދި އެ މައްސަލަ އަށް ޖަވާބުދާރީވުމަށް އިސްތިއުނާފު ރައްދުވާ ފަރާތަށް އެންގުނުފަހުން އެޅި ފިޔަވަޅަކަށްވާތީ، މައްސަލައިގެ މައުޟޢާމެދ ގޮތެއު ކަނޑައެޅެންދެން އެ ފިޔަވަޅުގެ މައްޗަށް އެއްވެސް ކަމެއް ތަރުތީބުވެގެންނުދާނެކަމަށް ކަނޑައަޅައިދީ އަމުރެއް ނެރެދިނުމެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން ނިންމުމަށް ވާޞިލުވި ސަބަބު ބުނެދިނުން
3. ސިވިލް ކޯޓުގެ ނަންބަރު CR2/VN/2021/04-B4-144 ވަގުތީ އަމުރާއިމެދު ނިންމިގޮތުގައި އެ ނިންމުމަށް ވާޞިލުވި ސަބަބެއްގެ ގޮތުގައި ފާހަގަކޮށފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ A/21-/SC1220 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު 483/Cv-C/2012 ޤަޟިއްޔާގައި ވަގުތީ އަމުރާމެދު ނިންމި ގޮތުގައި ޝަރީޢަތުގެ ޢދާލަތުގަ ހަމަ (އިކުއިޓީ) އަށް ރިޢާޔަތްކޮށް އެކަށައަޅާފައިވާ ހަމަތަކަށާއި ޝަރީޢަތް ކުރުމާއި ބެހޭގޮތުން ހެދިފައިވާ ޤަވާއިދު6 ގ 335 ވަން މާއްދާގައިވާ ގޮތުގެ މައްޗަށް ބަލާއިރު ވަގުތީ އމުރެއ ނެރެދެވެން ނެތީކަމުގައެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2012/SC-A/21 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަންކަމުގެ ތެރެއިން މި މައްސަލައިގައި ފުރިހަމަ ނުވަނީ ކޮން ކަންކަމެއްކަން އަދި ކީއްވެގެންކަންވެސް ސިވިލް ކޯޓުން ފާހަގަކުރި ސާބަބުތަކުގައި ބުނެދީފައިނުވެއެވެ. އަދި ޝަރީޢަތުގެ ޢަދާލަތުގެ ހަމައަށް ރިޢާޔަތްކޮށް ވަގުތީ އަމުރު ނެރެދޭން ނުޖެހުނު ސަބަބަކީ ކޮބައިކަން ބުނެދީފައިނުވެއެވެ. ހަމައެގޮތަށް ޝަރީޢަތް ކުރުމާއިބެހޭ ގޮތުން ހެދިފައިވާ ޤަވާއިދު 6 ގެ 335 ވަނަ މާއްދާއަށް ރިޢާޔަތް ކުރި ގޮތެއްވެސް، ވަގުތީ އަމުރެއް ނެރެނުދޭން ނިންމި ސަބަބުތަކުގައި ސިވިލް ކޯޓުން ބުނެދީފައި ނުވެއެވެ.
32ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ ލަޠީފާ ޢަލީ ޙަސަން 30 SC[2021] ޤަޟިއްޔާގައި، މައްސަލައިގެ ނިންމުމަށް ވޞާ ލުވި ސަބަބު ބަޔާންކުރުމަކީ، ދިވެހި ޖުމްހ ރިއްޔާގެ ޤާނޫނުއަސާސީގެ 13 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދީފައިވާ އިންސާފުވެރި ޝަރީޢަތެއް ކުރުމުގެ މައިގަނޑު ޢުންސުރު ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި މައްސަލައިގެ ނިންމުމަށް ވޞާ ލުވި ސަބަބުތައި ބަޔާންކުރުމުގައި ކަން ކުރަންޖެހޭ ގޮތުގެ އުޞލުތައްވެސް ބުނެދީފައިވެއެވެ. އަދި ހަމައެއާއެކު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބުނެވުނު ޤަޟިއްޔާގައި ފާހަގަކޮށްފައިވާ، "ޙުކުމަށް ވާޞިލުވި ސަބަބު ބަޔާން ކުރުމުގެ ވާޖިބު" އެއީ ހަމައެކަނި ކޯޓަށް ހުށަހެޅިފައިވާ ޤަޟިއްޔާއެއްގައި ޙުކުމެއް ކުރާއިރު، ހަމައެކަނި "ޙުކުމް" ގެ މައްޗަށް ތަޠުބީޤު ކުރާ ގޮތަށް އޮންނަ އުޞ ލެއް ނޫނެވެ. ޤަޟިއްޔާއެއްގައި ކުރެވޭ ޙުކުމެކޭ އެއްފަދައިން ވަގުތީ އަމުރަށް އެދި ހުށަހަޅާ ހުށަހެޅުމެއްގައިވެސް ނިންމުން ބިނާކުރަނީ ދެފަރާތުން އެކަމާއިމެދު ދެކެވޭ ވާހަކަތަކެއްގެ މައްޗަށާއި ހުށަހެޅިފައިވާ ދަލީލުތައްވެސް ވަޒަންކުރެވިގެންކަމަށްވާތީ ވަގުތީ އަމުރާއި ގުޅޭ ގޮތުން ނިންމާ ނިންމުންތަކުގައިވެސް މައްސަލަ ބައްލަވާ ފަނޑިޔާރު އޭނާގެ ނިންމުމަށް ވޞާ ލުވި ސަބަބުތައް ތަފޞް ލްކޮށް ބަޔާންކޮށްދޭންޖެހޭކަމާއި، ކޯޓުން ކުރެވޭ ޙުކުމެކޭ އެއްފަދައިން ވަގުތީ އަމުރެއްގެދަށުނ ނިންމް މިފަދަ ނިންމުންތަކުގައިވެސް، ނިންމުމަށް ވި ޞު ލުވ ސަބަބު އެނގުމަކީ މައްސަލައިގައި ހިމެނޭ ޚަސްމުންގެ ޙައްޤެއްކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފާޠިމަތު ޢަބްދްﷲ ވ އެޓަރނީ ޖެނެރަލްގެ އޮފީސް، ޤަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ. ސިވިލް ކޯޓުގެ ނަންބަރު CR2/VN/2021/04-B4-144 ވަގުތީ އަމުރާއިމެދު ނިންމިގޮތުގެ މައްޗަށް ބަލާއިރު، އަދި ބުނެވުނު ނިންމުމަށް ވާޞިލުވި ސަބަބުތައް ބުނެދީފައިވާ ގޮތަށް ބަލާއިރު، އެ ސަބަބު އެކަށީގެންވާ މިންގަނޑަކުން ބުނެދެވިފައި އޮތްކަމުގައި ބެލެވޭކަށް ނެތެވެ.
ވަގުތީ އަމުރު ނެރުން
33އިސްތިއުނާފުކުރާ ފަރާތްތަކުން އެދިފައިވާ ގޮތަށް ވަގުތީ އަމުރެއް ނެރެދީފިނަމަ، ވެގެންދާނީ މި މައްސަލާގެ މައުޟޫޢު ގައި ކުރެވޭ ޙުކުމެއްގެ ނަތީޖާއަށް އަސަރުކުރާނެ ގޮތަށް ދުރާލާ ވަގުތީ އަމުރަކުން ދާއިމީ ޙިމާޔަތެއް ލިބިދިނުން ކަމުގައި ސިވިލް ކޯޓުގައި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައާ ވެސި ދައުލަތުން ފާހަގަކޮށްފައިވެއެވެ.
33. އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައި ވަގުތީ އަމުރެއް ނެރެނުދޭން ސިވިލް ކޯޓުގެ ނަންބަރު CR2/VN/2021/04-B4-144 ވަގުތީ އަމުރާއިމެދު ނިންމިގޮތުގައި އަމުރު ނެރެދޭން ނުފެންނަ ކަމަށް ކަނޑައަޅާފައިވަނީވެސް ދައުލަތުން ދެއްކި މި ސަބަބުގެ މައްޗަށް ކަމުގައިވީނަމަވެސް މައްސަލައިގެ މައުޟޢުގައ ކުރެވި ޙުކުމަށް އަސަރު ކުރަނީ ކިހިނެތްކަމެއް އަދި ވަގުތީ އަމުރަކުން ދާއިމީ ޙިމާޔަތެއް ލިއްބައިދެނީ ކިހިނެއްކަމެއް އެ ނިންމުމުގައި ސާފުކޮށް ބުނެދީފައިނުވެއެވެ.
32. އަދި ހަމައެއާއެކު، އިސްތިއުނާފުކުރާ ފަރާތްތަކނު ސިވިލް ކޯޓުގް ނަންބަރު 3439/Cv-C/2021 ޤަޟިއްޔާގައި ހޯދަން އެދޭ ފަރުވާ އަކީ؛
3. ދަޢުވާކުރާ ފަރާތްތައް ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމާފައިވާ ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހ ރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) އާއި ޤާނޫނީ އުޞޫލުތަކާއި ޢަދުލު އިންސާފުގެ ހަމަތަކާއި ޚިލާފު ނިންމުމެއްކަމަށް ކަނޑައަޅުއްވައިދިނުން؛
3. ޕޮލިސް ބޯޑުގެ ނިންމުމުގެ މައްޗަށް ބިނާކޮށް ދަޢުވާކުރާ ފަރާތް ތަކުންކުރެ އަޙްމަދު މުޙައްމަދު އަދި މުޙައްމަދު ޖަމްޝީދު 32 އޮކްޓ ބަރު 3233 ގައި ވަޒީފާއިން ވަކިކުރުމަށް ފުލުހުންގެ އިދާރާއިން ނިންމާފައިވާ ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހ ރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) އާއި ޤާނޫނީ އުޞޫލުތަކާއި ޢަދުލު އިންސާފުގެ ހަމަތަކާއި ޚިލާފު ނިންމުމެއްކަމަށް ކަނޑައަޅައިދިނުން؛
2. ފުލުހުން ވަޒީފާއިން ވަކިކުރުމަށް ނިންމުމުގެ ބާރަކީ ޤާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު)ގެ ދަށުން ބޯޑަށް ލިބިދޭ ބާރެއނންކަމަށް ކަން ޑައަޅައިދިނުން؛ ކަމުގައިވާއިރު އަސްލު މައުޟޢުގައ އިސްތިއުނާފުކުރި ފަރާތްތަކުންސުވާލު އުފައްދާފައިވަނީ ފުލުހުންގެ ބޯޑުނ ނިންމް ނިންމުމުގެ ޤާނނިޙެ އިސިއްޔަތާއ މެދުގައި ކަން އެނގެންއޮވެއެވ. އަދި އެ ފަރާތްތަކުން ސިވިލް ކޯޓުގައި ނެރެދިނުމަށް އެދުނު ވަގުތީ އަމުރަކީ ސިވިލް ކޯޓުގެ ނަންބަރު 3439/Cv-C/2021 ޤަޟިއްޔާގައި ފައިޞަލާ ކުރަނިވި ޙުކުމެއް ކުރަންދެން ފުލުހުންގެ ބޯޑުން ނިންމި ނިންމުމަށް ވަގުތީ ގތުނޮ ޢަމަލުކުރުން މަޑުޖައްސާ ދިނުމަށް އެދި ހުށަހެޅި ހުށަހެޅުމެކެވެ. އެހެންކަމުން ސިވިލް ކޯޓުގެ ނަންބަރު C/2021-39/Cv34 ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތްތަކުން ހޯދަން އެދޭ ފަރުވާ އާއި، ވަގުތީ އަމުރުގައި ހޯދަން އެދޭ ފަރުވާ ތަފާތުކަމާއި މިއީ މި މައްސަލައިގެ މައުޟޢުގައ ކުރެވި ޙުކުމެއްގެ ނަތީޖާއަށް އަސަރުކުރާނެ ގޮތަށް ދުރާލާ ވަގުތީ އަމުރަކުން ދާއިމީ ޙިމާޔަތެއް ލިބިދިނުން ކަމުގައި ޝަރީޢަތަށް ޤަބލުނުކުރެވެއެވެ.
31. ވަގުތީ އަމުރެއް ނެރުމާއި ގުޅިގެން ދިވެހިރާއްޖޭގެ ކޯޓުތަކުން މި ހިނދަށް ބަލަމުންދާ މަސްދަރުތަކަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް ވ އެންޓި- ކޮރަޕްޝަން ކޮމިޝަން މައްސަލައާއި ޝަރީޢަތް ކުރުމާއި ބެހޭ ގޮތުން ހެދިފައިވާ ޤަވާއިދެވެ. ސިވިލް ކޯޓުގެ ނަންބަރު 144-B4-CR2/VN/2021/04 ވަގުތީ އަމުރާއިމެދު ނިންމިގޮތުގައި، އެ ދެ މަސްދަރަށް ޙަވާލާދީފައި އޮތްނަމަވެސް އެ ދެ މަސްދަރުގައ ބުނި ކަންކަނާ މައްސަލައަށް ތަޠުބީޤު ކުރި ގޮތް ކުރިންވެސް ފާހަގަކުރި ފަދައިން ސިވިލް ކޯޓުގެ ނިންމުމުގައި ސާފެއް ނޫނެވެ. އެހެންކަމުން، ހައިކޯޓުން މިހާރު ގޮތް ކަނޑައަޅަންޖެހޭ ކަމަކީ މި ދެ މަސްދަރުގެ އަލީގައި އިސްތިއުނާފު ކުރާ ފަރާތްތަކުން ހޯދުމަށް އެދި ހުށަހަޅާފައިވާ ވަގުތީ އަމުރަކީ ނެރެދޭންޖެހޭ އަމުރެއް ތޯ ނުވަތަ ނނތް ބެލުމެވެ.
35ޝަރީޢަތް ކުރުމާއި ބެހޭ ގޮތުން ހެދިފައިވާ ޤަވާއިދުގެ 6 ގެ 335 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ވަގުތީ އަމުރެއް ނެރެދިނުމަށް އެދޭ ޙާލަތުގައި އެފަދަ އަމުރެއް ނެރެ ފިޔަވަޅު ނާޅައިފިނަމަ، ހުށަހެޅިފައިވާ މައްސަލައިގެ މައުޟޫޢުގައި ޙުކުމް ކުރެވޭއިރު ޙުކުމްގެ މަޤްސަދު ހޞާލު ނުވެދާނެކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރިނަމަ ނުވަތަ މައްސަލައިގައި ހިމެނޭ ފަރާތަކަށް ގެއްލުމެއް ލިބިދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ ވަގުތީ އަމުރު ނެރެދިނުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަމަށެވެ.
36ވަގުތީ އަމުރަކަށް އެދޭ ފރާތުގަ ކިބައިގައި 2 (ތިނެއް) ޝަރުތެއް ފުރިހަމަ ވާންޖެހޭ ކަމަށް އެންޓި- ކޮރަޕްޝަން ކޮމިޝަންގެ މައްޗަށް ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) އިނަހުށަހެޅުމުނ ބެލުން ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައޅުއްވާފައިވެއެވެ. އެ ތިން ޝަރުތކީ:
36.3- ވަގުތީ އަމުރަކަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި އޮތުން.
36.3- ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ޞިފަތު ނުވަތަ ޙއިސިއްޔަތަ ޤާނުނީ ގޮތުން ލިބިފައިވާ ފަރާތެއް ކަމުގައި ވުން.
36.2- ވަގުތީ އަމުރު ނެރުމަކާ ނުލައި ނުވަތަ އަސްލު މައުޟޢޫ ދަޢުވީ ލަސްވެގެން ހިނގައްޖެނަމަ އިޢާދަ ނުކުރެވޭފަދަ ނުރައްކަލަކާ ނުވަތަ ގެއްލުމަކާ ކުރިމަތިލާންޖެހުން މިއެވެ. ވަގުތީ އަމުރަށް އެދުމުގެ ޞިފަތު ނުވަތަ ޙއިސިއްޔަތަ ލިބިގެންވޭތޯ ބެލުން
33. އިސްތިއުނާފުކުރާ ފަރާތްތަކުގެ ވަޒީފާ ގެއްލުމުގެ އިޙްތިމާލު އުފެދިފައިވަނީ ޤާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު)ގެ 2 ވަނަ މާއްދާގެ (ނ) އާއި ޙަވާލާދީ އިސްތިއުނާފުކުރާ 25 (ފަހެއް) މީހުން ޤާނޫނުއަސާސީ އާއި ޤާނޫނު ނަންބަރ 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) އާއި ޚިލާފަށް ފލުހުންގު ވަޒީފާއިން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމި ނިންމުމުން ކަމުގައި ވެފައި، ސިވިލް ކޯޓުގެ ނަންބަރު 3439/Cv-C/2021 ޤަޟިއްޔާއަކާ މި ނިންމމުގު ސައްޙކަމާމެދަ ސުވާލު އުފައްދައި އެ އަށް ގޮތެއް ކަނޑައަޅައިދިނުމަށް ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެންއޮންނަކަމުން އިސްތިއުނާފު ކުރެވިފައިމިވާ މައްސަލއިގައަ އިސްތިއުނާފި ކުރާ ފަރާތް ތަކަށް ވަގުތީ އަމުރަށް އެދުމުގެ ޞިފަތު ލިބިގެންވާކަމަށް ބަލަންޖެހެއެވެ.
38އެހެން ނަމަވެސަ އިސްތިއުނާފު ކުރާ ފަރާތްތަކުގެ ތެރެއިން މުޙައްމަދު ޖަމްޝީދު އާއި އަޙްމަދު މުޙައްމަދުއަށ ދިވެހި ފުލުހު ންގެ ޚިދުމަތުގެ ނަންބަރު A/2021/61 އަދި ނަންބަރު A/2021/62 ނޯޓުން މި ފަރާތްތަކަށް 32 އޮކްޓ ބަރު 3233 ގައި ވަޒީފާއިން ވަކިކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރަމުންގެންދާކނަ އަންގާފައިވެއެވެ. އެ ލިޔުމަށް ބެލުމުން އިސްތިއުނާފުކުރެވިފައިވާ މައްސަލަ ހައިކޯޓަށް ހުށަހެޅުނު އިރު މި ދެ ފަރާތްވަނީ ވަޒީފާއިން ވަކިކުރެވފައިކަން އެނގެންއޮވެއެވެ. މިހެންކަމުން، އިސްތިއުނާފި ކުރާ ފަރާތްތަކުން ސިވިލް ކޯޓުގެ ނަންބަރު 3439/Cv-C/2021 ޤަޟިއްޔާގައި އެދުނު ވަގުތީ އަމުރު ހައިކޯޓުން ނެރެދިން ކަމުގައިވީނަމަވެސް، އެ ވަގުތީ އަމުރުން އިސްތިއުނާފު ކުރާ ފަރާތްތަކުގެ ތެރެއިން މުޙައްމަދު ޖަމްޝީދު އާއި އަޙްމަދު މުޙައްމަދު އަށް ލިބޭނެ އެއްވެސް ފަރުވާއެއް ނެތްކަން ފާހަގަކުރަމެވެ. ޤނނީ ގޮތުން ޙާ މާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤު ލިބިފައިވޭތޯ ބެލުން
33. ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު އޮތްކަން އެނގިގެންދާނީ އެކަމާ ގުޅިގެން ކޯޓަށް ހުށަހެޅަ މައްސަލައިގެ ވާޤިޢާ ތަކުންނެވެ. މި މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތްތައް އިތުރަށް ވަޒީފާގައި ބޭތިއްބުމާއ ގުޅި ގޮތުން ޕޮލިސް ބޯޑުން ނިންމި ނިންމުން ތަންފީޛުކުރާ ހިސާބުން އެ ފަރާތްތައް ވަޒީފާއިން ވަކިކުރެވޭނެ ކަން ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު A/2021/68, A/2021/66, A/2021/69 ނޯޓުން އެނގެންއޮވެއެވެ. މި މައްސަލައިގައި ގޮތެއް ނިމޭއިރު ވަޒީފާ އަނބުރާ އިޢާދަކުރަން ނިންމާ ޙާލަތެއްގައި އެ މަޤާމަށް އެހެން ދާއިމީ މުވައްޒަފަކު ނެގިފައިވުމަކީ ޙުކުމެއް އެގޮތަށް ތަންފީޛުކުރުމުގައި އެޅިދާނެ ހުރަހެކެވެ. މިހެންކަމުން، މައްސަލައިގެ މައުޟޫޢުގައި ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ޙމާޔަތި ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް އޮތްކަމުގައި ބެލެވެން އެބައޮތެވެ.
ތަދާރުކު ނުކުރެވޭ ގެއްލުމެއް އޮތްކަން ނުވަތަ ނޫންކަން
32. ވަޒީފާ އަދާކުރުމަކީ ނުވަތަ މަސައްކަތް ކުރުމުގެ ޙައްޤަކީ އަސާސީ ޙައްޤުތަކގު ތެރޭގައި ހިމެނޭ އަދި ދިރިހުރުމުގެ ޙައްޤާއި ގުޅިލާމެހިފައިވާ ކަމެކެވެ. އިސްތިއުނާފުކުރާ ފަރާތްތަކުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގެ މައުޟޫޢަކީ ކުރިންވެސް ބުނި ފަދައިން ޤާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) އާއި، ޚިލާފަށް ފުލުހުންގެ ވަޒީފާއިން ވަކިކުރުމަ ށ ޕޮލިސް ބޯޑުން ނިންމާފައިވާ ނިންމުމަކީ ދިވެހި ޖުމްހ ރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނު ނަންބަރު 34/2020 (ދިވެހި ފ ލުހުންގ ޚިދުމަތުގެ ޤާނޫނު)އާއި ޤާނޫނީ އުޞޫލުތަކާއި، ޢަދުލު އިންޞާފުގެ ހަމަތަކާއި ޚިލާފަށް ނިންމާފައިވާ ނިންމެވުމެއް ކަމަށާއި ފުލުހުން ވަޒީފާއިން ވަކިކުރުމަށް ނިންމުމުގެ ބާރަކީ، ޤާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނނ)ގެ ދަށުން ޕޮލިސް ބޯޑަށް ލިބިދޭ ބާރެއް ނޫންކަމުގައ ކަނޑައަޅައި ދިނުމެވެ. އެހެނީ މައްސު ލ ނިމި ގޮތަކުން، އިސްތިއުނާފީ ކުރާ ފަރާތްތަކުން އެދިފައިވާ ގޮތަށި ޕޮލިސް ބޯޑުން ނިންމި ނިންމުމަކުދިވެހ ޖުމްހ ރިއްޔާގެ ޤާނޫނުއަސާސީ އާއި، ޤާނނ ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު)އާއި ޚިލާފަށް ނިންމި ނންމުމެއި ކަމުގައް ކަނޑައެޅިގެންދިއުން ނުވަތަ އެ ނިންމުމަށް ތޢިދުކޮށާ މައްސަލަ ނިންމިގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ.
33. ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޢޫ ދަޢުވީ ލަސްވެގެން ހިނގައްޖެނަމަ ނުރައްކަލެއް އަދި ގެއްލުމެއް އެއްވެސް ފަރާތަކަށް ލިބުމުގެ އިޙްތިމާލު އޮތްތޯ ބަލާއިރު، މި ނުރައްކާ ނުވަތަ ގެއްލުން ވަޒަން ކުރަނީ ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓުންނެވެ. މި ޓެސްޓުގެ ދަށުން ވަގުތީ އަމުރު ނެރުމުގައި، އެ އަމުރެއް ނެރުމާއި ނުނެރުމުގެ ސަބަބުން ކުރިމަތިވާ ގެއްލުން ބޮޑަށް އުފުލާ ތަޙއްމަލްކުރަން ޖެހެނަ ވަގުތީ އަމުރަށް އެދުނު ފަރާތުންތޯ ނުވަތަ ވަގުތީ އަމުރު ރައްދުވު ފަރާތުންތޯ ބަލަންޖެހެއެވެ.
33. މި މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބުމުގެ އިޙްތިމާލު ބޮޑު ގެއްލުންތަކަކީ ކޮބައިކަން ޝަރީޢަތުގައި ކިޔައިދީފައިވެއެވެ. އެގޮތުން އިސްތިއނާފުކުރު ފަރާތްތަކުން އެ ފަރާތްތަކށަ ލިބުމުގެ އިޙްތިމާލު އެންމެ ބޮޑު ގެއްލުމެއް ގޮތުގައި ފާހަގަކޮށްފައިވަނީ އސްމާޢީލި ޝަމީމް އާދަމް އާއި ޢަބްދުﷲ ޝަރީފް އަދި މުޙައްމަދު ދާއ ދުގެ ވަޒީފާ ގެއްލުމާއި، ވަޒީފާ އަލުން އަނބުރާ އިޢާދަކުރަން ނިންމާ ޙާލަތެއްގައި އެ މަޤާމަށް އެހެން ދާއިމީ މުވައްޒަފަކު ނެގިފައިވމެވެ. އަދި ދައުލަތުން ބުނެފައިވަނީ މި ފަރާތްތައް ވަޒީފާގައި ބޭތިއްބުމަށް އަމުރެއް ނެރެދީފިނަމަ، އެ ފަރާތްތަކަށް މުސާރައާއި ޢިނާޔަތްތައް ދޭންޖެހޭނެކަމާއި، މައްސަލައިގެ މައުޟޫޢީ ގޮތުން ގޮތެއް ނިންމާއިރު، ދައުލަތާއި އެއްކޮޅަށް މައްސަލަ ނިމިއްޖެނަމަ، މިއީ ދައުލަތަށް ލިބޭ އިޢާދަނުކުރެވޭ ބޮޑު ގއްލުމެއްކެމާއި، އިސްތިއުނާފުކުރާ ފަރާތްތައް ވަޒީފާ އަދ ކުރާ މުއައްސަސާއާއި، އެ މުއައްސަސާއަކީ ކިހާ ޚައްޞާޞ މަސައްކަތްތަކެއް ކުރާ [2021] SC 28 އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ ޖުމައިރ މެނޭޖްމަންޓާ ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް މުއައްސަސާއެއްކަން ބައްލަވަން ޖެހޭނެކަމާއި، ފުލުހުންގެ އިސް ސަފުގައި ހަމަނުޖެހުމެއ ނުވަތް އިސް ސަފުގ ބަދަހިކަން ގެއްލުމުގެ އިޙްތިމާލު އޮންނަ ގޮތަކަށް އަމުރެއް ނެރުމަކެ ދައުލަތަށް އިޢާދަނުކުރެވޭނެގެއްލުނ ލިބޭނެ ކަމެއްކަމަށެވެ.
32. މިވާހަކަތަށް ބަލާއިރު، ވަގުތީ އަމުރަށް އެދިފައިވާ ފަރާތްތަކަކީ، ވަޒީފާގައި ތިބި ބައެކެވެ. ޚުޞ މާތަކީ ވަޒީފާއިން ވަކިކުރަން ނިންމިގޮތެވެ. ވީމާ ވަޒީފާގައި ތިބި ބަޔަކަށް މުސާރަ ދިނުމަކީ ދައުލަތަށް ލިބޭނެ ގެއްލުމެއް ނޫނެވެ. އަދި ވަގުތީ އަމުރަށް އެދިފައިވާ ފަރާތްތައް ހުށަހެޅި ޚުޞމާތ ފައިޞަލާކޮށް ނިންމުމާއި ވަގުތީ އަމުރުގެ މުއްދަތާއި އެފަރާތްތައް ފުލުހުންގެ ތެރޭގައި ވަޒީފާ އަދާކުރުންމަތީ ދެމިތިބި މުއްދަތާ އަޅާ ކިޔާއިރު، އެހާ ދިގު މުއްދަތެއްގެ ތެރޭގައި އެފަރާތްތަކުގެ ސަބަބުން ސަފުތަކުގެ ބަދަހިކަމަށް އައި ގެއްލުމއެ ބަޔާން ކޮށްދިނުމަކާއ ނުލައި ހަމައެކަނި އޮވެދާނެ އޚިތިމާލެއްގެ މައްޗަށް ބުރަވެބުނާ ބުނުމަކީ ރަގަޅު ބުނުމެއްކަމަކަށް ނުދެކމެ ވެ.
31. އ ސްމާޢީލ ޝަމީމް އާދަމް އާއް ޢަބްދުﷲ ޝަރީފް އަދި މުޙައްމަދު ދާއ ދ، އިތުރަށް ވަޒީފާގައި ބެހެއްޓުމަށް ފުލުހުންގެ ބޯޑަށް ނުފެންނަކަމަށް ނިންމިކަމުގައި ވިޔަސް މިވަގުތީ އަމުރަށް އެދި ހުށަހެޅިއިރު، އެފަރާތްތަށް ވަޒީފާއިން ވައްކެއް ނުކުރެއެވެ. މިޙާލަތުގައި ހުށަހެޅިފައިވާ މައުޟޫޢީ މައްސަލައިގައި ފައިޞަލާކޮށް ގޮތެއް ނިންމަންދެން އެފަރާތްތައް އެތިބ ގޮތުގައި ބެހެއްޓުން ނުވަތަ ސްޓޭޓަސް ކޯ quo) (Status އެ އޮތް ގޮތުގައި ބޭއްވުމަކީ މުހިންމު ކަމެއް ކަމަށް ދެކެމެވެ. ސްޓޭޓަސް ކޯ އަކީ ޚސު މާތް އުފެދުމުގެ ކުރިން އޮތް ޙާލަތެވެ. މިމައްސަލައިގައި އެއީ އެފަރާތްތައް ވަޒީފާގައި ކުރިން ތިބި ގޮތަށް މއަޟޢ މައްސަލީ ނިމެންދެން ވަގުތީ ގޮތުން ބޭތިއްބުމެވެ.
35. މި މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބުމުގެ އިޙތިމާލް އޮތު ގެއްލުންތައް ވަޒަން ކުރާއިރު، ވަގުތީ އަމުރެއް ނުނެރުމުގެ ސަބަބުން ނިކުންނާނެ ނަތީޖާއަކީ މި ފަރާތްތަކުގެ ވަޒީފާ އެ ފަރާތްތަކަށް ގެއްލުމެވެ. އަދި ސިވިލް ކޯޓުގެ ނަންބަރު 3439/Cv-C/2021 ޤަ ޟިއްޔާގައި ފުލުހުންގެ ބޯޑުން ނިންމި ނިންމުން ގޯސް ކަމަށް ކަނޑައަޅައިފިނަމަ، މި ފަރާތްތަކުގެ ވަޒީފާ އަލުން އަނބުރާ އިޢާދަކުރުމުގައި ދިމާވާނެ ދަތިތައް މި ބޮޑު ކަމަށް ބެލެވޭކަމާއި، އެ ދުވަހާއި ހަމައަށް ވަޒީފާގެ މުސާރައާއާ ޢެ ނާޔަތްތައ އެކް އެއްފަހަރު ދޭންޖެހިއްޖެނަމަ، އެއީ ދައުލަތަށް ވެސް ލިބޭނެ ބޮޑު ގ އްލުމެއ ކަން ފާހަގަކުރެވެއެވެ. އެހެންކަމުން، ވަގުތީ އަމުރު ނެރުމުގެ ސަބަބުން ދައުލަތަށް ލިބުމުގެ އިޙްތިމާލު އޮތް ގެއްލުމަށްވުރެ، ވަގުތީ އަމުރެ ން ނެރުމުގެ ސަބަބުނު އސްމާޢީލ ޝަމީމް އާދަމް އާއް ޢަބްދު ﷲ ޝަރީފް އަދި މުޙައްމަދު ދާއ ދުއަށް ލިބުމުގެ އިޙްތިމާލު އޮތް ގެއްލުން ބޮޑުކަން ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތް ކަން ފާހަގަކުރަމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ)
- ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާއިދު (6) ގެ ވަގުތީ އަމުރާބެހޭ މާއްދާ (ފައިލުގައި '335' ކަމަށް)
- ޤާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު)
- ސުޕްރީމް ކޯޓުގެ ޤަޟިއްޔާ 2012/SC-A/21 (ނެކްސްބިޒް ލިމިޓެޑް ވ. އެންޓި-ކޮރަޕްޝަން ކޮމިޝަން)
- ސުޕްރީމް ކޯޓު: އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން [2021] SC 30
- ސުޕްރީމް ކޯޓުގެ ޤަޟިއްޔާ 2020/SC-A/101 (އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓް ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް) [2021] SC 28
- ހައިކޯޓުގެ ޤަޟިއްޔާ 2021/HC-A/256 (ފާޠިމަތު ޢަބްދުﷲ ވ. އެޓަރނީ ޖެނެރަލްގެ އޮފީސް)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.