ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2022] SC 26 · 2021/SC-A/104ސުޕްރީމް ކޯޓު · 28 އޭޕްރީލް 2022

އަޙްމަދު މުޙައްމަދު އަދި މުޙައްމަދު ޖަމްޝީދު ވ. ދިވެހި ފުލުހުންގެ ޚިދުމަތް (ދިވެހި ދައުލަތް)

ސުޕްރީމް ކޯޓު
7 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 28 އޭޕްރީލް 2022ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

[2022] SC --[2022] SC 262021/SC-A/104

ޝަރީޢަތް ނިމުނުގޮތް

އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު ވ. ދިވެހި ފުލުހުންގެ ޚިދުމަތް (ދިވެހި ދައުލަތް)

ފަނޑިޔާރުންގެ މަޖިލިސް

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުނިމުނު ތާރީޚު

28 އެޕްރީލް 2022އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

2021/HC-A/319

އިސްތިއުނާފު ރައްދުވާ ފަރާތް

އިސްތިއުނާފުކުރާ ފަރާތް

ދިވެހި ފުލުހުންގެ ޚިދުމަތް (ދިވެހި ދައުލަތް)

އަޙްމަދު މުޙައްމަދު

ޤާނޫނީ ވަކީލު: ސްޓޭޓް އެޓަރނީކައުންސެލް ޙައްމާދު ވާފިރުއަޙްމަދު ނަޝާޠު، އެޓާރނީ ޖެނެރަލްގެ އޮފީސްމުޙައްމަދު ޖަމްޝީދު، ވެސްޓްލައިޓް، ގދ.ތިނަދޫ

ޤާނޫނީ ވަކީލު: ސްޓޭޓް އެޓަރނީ ޙައްމާދު ވާފިރު، އެޓާރނީ ޖެނެރަލްގެ އޮފީސްޤާނޫނީ ވަކީލު: މަރިޔަމް ނިހާޔަތު، ދިވެހި ޗެމްބަރސް އެލްއެލްޕީ

މަދަނީ – ވަޒީފާއާބެހޭ – ވަގުތީ އަމުރު – ވަގުތީ އަމުރު ނެރެދިނުން – ވަގުތީ އަމުރު އިސްތިއުނާފު ކުރުން

އަޙްމަދު މުޙައްމަދު އަދި އާއި މުޙައްމަދު ޖަމްޝީދު ވ. ދިވެހި ފުލުހުންގެ ޚިދުމަތް (ދިވެހި ދައުލަތް)

[2022] SC --[2022] SC 26ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދު ކުރައްވާފައި)

ތަޢާރުފު

މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/319 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މ. ގުލްބަހާރުގެ، މާލެ އަޙްމަދު މުޙައްމަދު (އައިޑީކާޑް ނަންބަރ: އާއި ވެސްޓްލައިޓް، / ގދ. ތިނަދޫ މުޙައްމަދު ޖަމްޝީދުގެ (އައިޑީކާޑް ނަންބަރ: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ދިވެހި ފުލުހުންގެ ޚިދުމަތް (ދައުލަތް) އެވެ.

ދިވެހި ފުލުހުން ޚިދުމަތުގައި ވަޒީފާ އަދާކުރަމުންދިޔަ، އަޙްމަދު މުޙައްމަދު އާއި ގދ. ތިނަދޫ، ވެސްޓްލައިޓް، މުޙައްމަދު ޖަމްޝީދު އާއި ދަފްތަރު ނަންބަރު ރސ 3236، މާލެ، އިސްމާޢީލް ޝަމީމް އާދަމް (އައިޑީކާޑް ނަންބަރ: އާއި ގ. ޕާކީޒާ، މާލެ، ޢަބްދުﷲ ޝަރީފް (އައިޑީކާޑް ނަންބަރ: އާއި ހއ. ހޯރަފުށި، ރުވާމާގެ، މުޙައްމަދު ދާއޫދު (އައިޑީކާޑް ނަންބަރ: ހިމެނޭގޮތަށް މި 5 (ފަހެއް) ފަރާތް ވަޒީފާއިން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމައި އެފަރާތްތަކަށް އެކަން އެންގިއެވެ. މީގެ ތެރެއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މި އިސްތިއުނާފު ހުށަހަޅާފައިވާ، އެއިރު އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މަޤާމުގައި ތިބި އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު، 10 އޮކްޓޫބަރު 2021 މި ތާރީޚުގައި ވަޒީފާއިން ވަކިކުރާނޭކަމަށް އަންގައި 30 ސެޕްޓެންބަރު 2021 ގައި އެދެފަރާތާ ލިޔުން ޙަވާލުކުރެވުނެވެ.

ވަޒީފާއިން ވަކިކުރުމާ ގުޅޭގޮތުން ޕޮލިސް ބޯޑުން ނިންމާފައިވާ އެނިންމުން ބާޠިލު ކޮށްދިނުމަށާއި، އެ 5 (ފަހެއް) ފަރާތް ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނާއި، ޤާނޫނީ އުޞޫލުތަކާއި، ޢަދުލު އިންޞާސާފުގެ ހަމަތަކާއި ޚިލާފަށްކަމަށް ކަނޑައަޅައި ދިނުމަށާއި، ފުލުހުންގެ ވަޒީފާއިން ވަކިކުރުމުގެ ބާރަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން ޕޮލިސް ބޯޑަށް ލިބިދޭ ބާރެއް ނޫންކަމަށް ކަނޑައަޅައިދިނުން އެދި ދިވެހި ފުލުހުންގެ ޚިދުމަތް (ދިވެހި ދައުލަތް) ގެ މައްޗަށް ސިވިލް ކޯޓުގައި އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު ހިމެނޭގޮތަށް އެ 5 (ފަހެއް) ފަރާތްތަކުން ދަޢުވާކުރިއެވެ.

ސިވިލް ކޯޓުގައި މިމައްސަލަ ހިނގަމުންދަނީ އެކޯޓުގެ ނަންބަރު 3439/Cv-C/2021 ޤަޟިއްޔާއިންނެވެ. މި މައްސަލައާ ގުޅިގެން އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު އާއި އިސްމާޢީލް ޝަމީމް އާދަމް އާއި ޢަބްދުالله ޝަރީފް އާއި މުޙައްމަދު ދާއޫދުގެ ފަރާތުން ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް، އެފަރާތްތަކުން އެދިފައިވާ ގޮތަށް ސިވިލް ކޯޓުން އެވަގުތީ އަމުރު ނެރެދީފައި ނުވެއެވެ.

ވަގުތީ އަމުރު ނެރެދިނުމަށް އެދި ހުށަހެޅި ހުށަހެޅުމުގައި އެދިފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 3439/Cv-C/2021 ޤަޟިއްޔާގައި ފައިޞަލާ ކުރަނިވި ޙުކުމެއް ކުރުމުގެ ކުރިން އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު އާއި އިސްމާޢީލް ޝަމީމް އާދަމް އާއި ޢަބްދުالله ޝަރީފް އާއި މުޙައްމަދު ދާއޫދުގެ ވަޒީފާއިން ވަކިކުރުމާގުޅޭ އެއްވެސް ކަމެއް ނުކުރުމަށާއި، ވަގުތީ އަމުރަށް އެދުނު ބުނެވިދިޔަ ފަރާތްތައް ވަޒީފާ އަދާކުރުމުގެ ޙައްޤަށް ހުރަސް އެޅިދާނެ އެއްވެސް ކަމެއް ނުކުރުމަށް، ދިވެހި ފުލުހުންގެ ޚިދުމަތަށާއި، ޕޮލިސް ބޯޑަށާއި ޑު އަދި ކަމާގުޅޭ އެންމެހައި އިދާރާތަކުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށެވެ.

އެފަރާތްތަކުން އެދިފައިވާ ގޮތަށް ވަގުތީ އަމުރު ނެރެނުދިނުމަށް ސިވިލް ކޯޓުން ނިންމި ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތްނޫން ނިންމުމެއްކަމަށް ބުނެ އެ ނިންމުން އިސްތިއުނާފު ކުރުމަށް އެދި އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު އާއި އިސްމާޢީލް ޝަމީމް އާދަމް އާއި ޢަބްދުالله ޝަރީފް އާއި މުޙައްމަދު ދާއޫދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2021/HC-A/319 ޤަޟިއްޔާއިންނެވެ.

އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު ފިޔަވައި، ދެންތިބި، އިސްމާޢީލް ޝަމީމް އާދަމް އާއި ޢަބްުދުﷲ ޝަރީފް އަދި މުޙައްމަދު ދާއޫދަށް، އެފަރާތްތަކުން އެދިފައިވާގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުން ވަގުތީ އަމުރެއް ނެރެ، ސިވިލް ކޯޓުން ވަގުތީ އަމުރާމެދު ނިންމިގޮތް ބާޠިލުކުރިއެވެ.

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/319 ޤަޟިއްޔާއިން ވަގުތީ އަމުރާމެދު އެކޯޓުން ނިންމާފައިވާގޮތް ޤާނޫނާ ޚިލާފުކަމަށް ދެކި، އަޙްމަދު މުޙައްމަދު އަދި މުޙައްމަދު ޖަމްޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށްުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލަ ބެލި ޤަޟިއްޔާއެވެ.

ވަގުތީ އަމުރާމެދު ސިވިލް ކޯޓުން ނިންމާފައިވާ ގޮތް ވަގުތީ އަމުރާމެދު ސިވިލް ކޯޓުން ނިންމާފައިވާ ގޮތްސިވިލް ކޯޓުގެ ނަންބަރު 144-B4-CR 2/VN/2021/04 (13 އޮކްޓޫބަރު 2021) ވަގުތީ އަމުރާމެދު ނިންމިގޮތުގައި ބަޔާންކޮށްފައިވަނީ ޝަރީޢަތުގެ ޢަދާލަތުގެ ހަމަ (އިކުއިޓީ) އަށް ރިޢާޔަތްކޮށް ސިވިލް ކޯޓުގެ ނަންބަރު 483/Cv-C/2012 ޤަޟިއްޔާގައި އެކަށައަޅާފައިވާ ހަމަތަކާއި، ޝަރީޢަތްކުރުމާއި ބެހޭގޮތުން ހެދިފައިވާ ގަވާއިދު 6.0 ގެ 295 ވަނަ މާއްދާގައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކުރާއިރު ވަގުތީ އަމުރެއް ނެރެންޖެހޭ ހާލަތުގެ ކަމެއް ދަޢުވާކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި މެދުވެރިވެގެން އޮތްކަން އެންގެން ނެތްކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިޔާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ވަގުތީ އަމުރު ނެރުމާގުޅޭގޮތުން ކަނޑައަޅާފައިވާ އުޞޫލުތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު، ދަޢުވާކުރާ ފަރާތްތަކުން އެދިފައިވާ ގޮތަށް ވަގުތީ އަމުރެއް ނެރެދީފިނަމަ، އެކަން ވެގެންދާނީ މި މައްސަލައިގެ މައުޟޫޢުގައި ކުރެވޭ ޙުކުމުގެ ނަތީޖާއަށް އަސަރުކުރާނެ ގޮތަށް ދުރާލާ ވަގުތީ އަމުރަކުން ދާއިމީ ހިމާޔަތެއް ލިބިދިނުން ކަމުގައިވާތީ ދަޢުވާކުރާ ފަރާތްތަކުން އެދިފައިވާ ގޮތަށް ވަގުތީ އަމުރެއް ނެރެދެވޭނެ ތަނެއް ނެތްކަމުގައެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވާ ގޮތް

ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ނިންމާފައިވަނީ، ސިވިލް ކޯޓުގެ ވަގުތީ އަމުރާމެދު ނިންމިގޮތް ބާޠިލުކޮށް، ސިވިލް ކޯޓުގެ ނަންބަރު 3439/Cv-C/2021 ޤަޟިއްޔާއިން ބަލަމުންދާ މައުޟޫޢީ މައްސަލައާމެދު އެކޯޓުން ގޮތެއް ކަނޑައަޅަންދެން، އިސްމާޢީލް ޝަމީމް އާދަމް އާއި ޢަބްދުﷲ ޝަރީފް އާއި މުޙައްމަދު ދާއޫދު އިތުރަށް ވަޒީފާގައި ބެހެއްޓުމަށް ނުފެންނަކަމަށް ޕޮލިސްގެ ބޯޑުން ނިންމާފައިވާ ނިންމުން ތަންފީޛުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތް (ދިވެހި ފުލުހުންގެ ޚިދުމަތް) އަށް އަންގައި އަމުރުކޮށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން ވަގުތީ އަމުރާމެދު ނިންމާފައިވާ ނިންމުމުގައި، އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު ހިމެނިަނާފައި ނުވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން ވަގުތީ އަމުރާމެދު ނިންމިގޮތުގައި އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު ހިމެނިފައިނުވަނީ، މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރި އިރު އެދެފަރާތް ވަޒީފާއިން ވަކިކޮށްފައިވާތީވެ، އިސްމާޢީލް ޝަމީމް އާދަމް އާއި ޢަބްދުﷲ ޝަރީފް އާއި މުޙައްމަދު ދާއޫދު އަށް ވަގުތީ އަމުރު ނެރެދީފައިވާ ފަދައިން، އެދެފަރާތް އެ އަމުރުގައި ހިމެނި ނަމަވެސް އެފަރާތްތަކަށް އެކަމުން ލިބޭނެ ފަރުވާއެއް އޮންނާނެކަމަށް ނުދެކޭތީކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ބެލުމުން އެނގެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާމިމައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި، އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ނުކުތާގައި ބަޔާންކޮށްފައިވަނީ، "ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2021/HC-A/319 ޤަޟިއްޔާގައި އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު A/2021/61 އަދި A/2021/62 ނޯޓުން 10 އޮކްޓޫބަރު 2021 ގައި ވަޒީފާއިން ވަކިކުރަންޖެހޭ އިދާރީ މަސައްކަތް ކުރަމުންދާކަމަށް ބަޔާންކޮށްފައިވާތީއާއި، މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނުއިރު އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނެ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ފޮނުވާފައިވާ ވަޒީފާއިން ވަކިކުރުމުގެ ޗިޓުތަކާމެދު ގޮތެއް ކަނޑައެޅިފައިނުވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްލިންކްސް ޕްރައިވެޓް ލިމިުޓެޑް ޤަޟިއްޔާއާ ޚިލާފަށް ކަމަށެވެ.

އިސްތިއުނާފުކުރާ ފަރާތްތަކުން އެދޭގޮތް

ބަޔާންވެދިޔަ އިސްތިއުނާފީ ނުކުތާގެ މައްޗަށް ބިނާކޮށް، މިއިސްތިއުނާފުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި، އިސްތިއުނާފުކުރާ ފަރާތްތަކުން އެދިފައިވަނީ، އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަން ހުއްޓުވުމަށް އެދި ސިވިލް ކޯޓުގެ ނަންބަރު 3439/CV-C/2021 ޤަޟިއްޔާގައި ވަގުތީ އަމުރަކަށް އެދިފައިވަނިކޮށް ކަމުގައިވެފައި، މައްސަލައިގެ ޑިސްޕިއުޓް މަރުޙަލާގައިއަށް ދެފަރާތް ޙާޟިރުކޮށް އެކަމުގެ މަޢުލޫމާތު ލިބުމަށްފަހު، ގަސްދުގައި ޢަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ނިޔަތުގައިކަމަށްވާތީއާއި، ވަގުތީ އަމުރަކުން ޙާޞިލުކުރަން ބޭނުންވާ ނަތީޖާ ޙާޞިލުވިޔަ ނުދިނުމުގެ ގޮތުން ނުވަތަ އެޤަޟިއްޔާއިން ޙާޞިލުކުރަން ބޭނުންވާ ނަތީޖާއަށް ހުރަސްއެޅުމާއިުގެ ގޮތުން ޕްރޮސެސް އެބިއުސް ކުރުމުގެ ގޮތުން ކަމުގައިވާތީ، އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު ވަޒީފާއިން ވަކިކުރުމަށްކަމަށް ބުނެ އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު އާ މެދު އަޅާފައިވާ ފިޔަވަޅަކީ، ސިވިލް ކޯޓުގެ ނަންބަރު 3439/CV-C/2021 ޤަޟިއްޔާގެ މައުވުޟޫއާމެދު ގޮތެއް ކަނޑައަޅަންދެން، އެ ފިޔަވަޅުގެ މައްޗަށް އެއްވެސް ކަމެއް ތަރުތީބުވެގެން ނުދާނޭ ފިޔަވަޅެއް ކަމަށް ކަނޑައަޅައި އެފިޔަވަޅުތައް ބާޠިލުކޮށް ދިނުމަށެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ދެފަރާތުން ދެއްކި ވާހަކަ

އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު މި އިސްތިއުނާފު ތަފުޞީލުކޮށްދެމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިސްގައި ދައްކާފައިވާ ވާހަކަތަކުން ދޭހަވަނީ، ސިވިލް ކޯޓުގެ ނަންބަރު 3439/CV-C/2021 ޤަޟިއްޔާގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދުނީ، އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު، 10 އޮކްޓޫބަރު 2021 ގައި ވަޒީފާއިން ވަކިކުރާނޭކަން އަންގާފައިވާތީވެ، އެފާރަތްތަކުން ވަޒީފާއިން ވަކިކުރުމުގެ އެއްވެސް ފިޔަވަޅެއް ނޭޅުމަށް ކަމަށްވެފައި، ވަޒީފާއިން ވަކިވާނެކަމަށް ބަޔާންކުރާ ބުނެވިދިޔަ 10 އޮކްޓޫބަރު 2021 މި ތާރީޚު ފަހަނަޅާދިޔައިރު ވަގުތީ އަމުރާމެދު ގޮތެއް ނުނިމި އޮތުމުގެ ސަބަބުން، ވަގުތީ އަމުރަކުން ނެރެން ބޭނުންވި ނަތީޖާ ލިބިފައިނުވާތީކަމަށެވެ. މިފަދަ ޙާލަތެއްގައި އޮންނަ ޙައްލަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްލިންކްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރުގެ ރައުޔުގައި ފާހަގަކޮށްފައިވާ ފަދައިން، ދަށު ކޯޓުން ކުރާ ޙުކުމެއް އެއީ ޤާނޫނާއި ގަވާއިދާ އެއްގޮތްނުވާ ނުވަތަ އެޙުކުމަކުން ޙައްލެއް ލިބެންޖެހޭ ކަމުގައިަކަށްވިޔަސް ނުވަތަ ޤާނޫނީ ނުކުތާއަކަށް ވިޔަސް ޙައްލެއް ނުވަތަ ޖަވާބެއް ނުލިބޭ ޙުކުމެއްނަމަ، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ހަމަޖެހިފައިވާ ގޮތުން އެފަދަ މައްސަލަތަކުގައި އިސްތިއުނާފު ކުރުމެވެ. ނަމަވެސް، އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދުގެ ފަރާތުން ދަށު ކޯޓުގެ ޙުކުމް އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުންަށް ސިވިލް ކޯޓުގެ ވަގުތީ އަމުރާމެދު ނިންމިގޮތް އިސްތިއުނާފުކުރިއިރު، ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނެ، ވަޒީފާއިން ވަކިކުރި ޗިޓުތަކާމެދު ގޮތެއް ކަނޑައަޅާފައި ނުވަނީ، އިސްވެބުނެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްލިންކްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ދަށު ކޯޓުން ޙައްލެއް ނުލިބޭކަމެއްގައި ދެންއޮންނަ ފިޔަވަޅަކީ ޙައްލު ހޯދުމަށްޓަކައި އިސްތިއުނާފު ކުރުންކަމުގައިވާތީވެ، އެ ހަމައާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް ޚިލާފުވާކަމަށް ދެކޭކަމަށެވެ.

މި އިސްތިއުނާފުގެ ޖަވާބުގައި ދައުލަތުން މައިގަނޑު ދެކަމެއް ފާހަގަކޮށްފައިވެއެވެ. އެއީ އިޖުރާއީ ގޮތުން ފާހަގަކޮށްފައިވާ ކަމަކާއި އަދި މައުޟޫޢީއީ ގޮތުން ފާހަގަކޮށްފައިވާ ކަމެކެވެ. މިގޮތުން އިޖުރާއީ ގޮތުން އިޝާރާަތްކޮށްފައިވާ ކަންކަމުގެ ތެރޭގައި، ދިވެހިރާއްޖޭގެ ހައިކޯޓުން އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު އެދުނު ވަގުތީ އަމުރާ މެދު ގޮތެއް ނިންމާފައިވާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ބެލުމުން އެނގޭކަމަށެވެ. އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު އެދިފައިވާ ވަގުތީ އަމުރު ބިނާވަނީ ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައިގައި، މައުޟޫޢީއީ ގޮތުން ގޮތެއް ކަނޑައެޅުމުގެ ކުރިން އެފަރާތްތައް ވަޒީފާައިން ވަކިކުރުމާ ގުޅޭގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ކަމަށް ވާހިނދު، ދިވެހިރާއްޖޭގެ ހައިކޯޓަށް ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފުކުރިއިރުވަނީ، އެދެފަރާތް ވަޒީފާއިން ވަކިކޮށްފައިކަމާއި، އެހެންކަމުން އެފަރާތްތަކުން އެދިފައިވާގޮތަށް ވަގުތީ އަމުރު ނެރެދިންކަމުގައި ވިޔަސް އެކަމުގެ ސަބަބުން ލިބޭނެ ފަރުވާއެއް ނެތްކަމުގައެވެ.

ވީމާ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްލިންކްސް ޕްރައިވެޓް ލިމިޓެޑް މި ޤަާޟިއްޔާއާ ޚިލާފުވިގޮތެއް އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދުއަށް ބުނެދެވިފައިވާ ނުވާކަމާއި، އެހެންކަމުން މިއީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް މި ގަޟިއްޔާގައިގެ ކަނޑައަޅާފައިވާ އިސްތިއުނާފީ މައްސަލަތައް ބަލައިގަތުމުގެ ހުއްދަދިނުމުގެ އޮޅިގަނޑު ގިރާކުރެވިދާނެ މައްސަލައެއްކަމަށް ނުދެކޭކަމަށެވެ.

މައުޟޫޢީ ގޮތުން ދައުލަތުން ފާހަގަކޮށްފައިވާ ކަންކަމުގެ ޚުލާސާއަކީ، އަޙްމަދު މުޙަހައްމަދު އާއި މުޙައްމަދު ޖަމްޝީދު އެދިފައިވާ ފަރުވާ މިމައްސަލައިގައި ފޯރުކޮށްދެވިއްޖެނަމަ ނިކުންނާނެ ނަތީޖާއަކީ، ސިވިލް ކޯޓުގައި ހިނގަމުންދާ މައުޟޫޢީއީ މައްސަލައިގައި ގޮތެއް ކަނޑައެޅި އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު ވަޒީފާއަށް ރުޖޫޢަވުމެވެ. އަދި އެހެންކަމުން، މިމައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމުގައެވެ.

ބަޔާންވެދިޔަ ކަންކަމުގެ އަލީގައި މިމައްސަލަ އިސްތިއުނާފު ކުރުމުގައި މައިގަނޑު ދެކަމެއް އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދުގެ ފަރާތުން ފާހަގަކޮށްފައިވާކަން އެނގެއެވެ.

ފުރަތަމަ ކަމަކީ، އިސްތިއުނާފީ ނުކުތާގައި ބަޔާންކޮށްފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ވަޒީފާއިން ވަކިކުރުމަށްޓަކައި ފޮނުވާފައިވާ ޗިޓުތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައަޅާފައިނުވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްލިންކްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއާ ޚިލާފުވާ ކަމަށްބުނެ ފާހަގަކޮށްފައިވާ ކަންކަމެވެ.

ދެވަނަކަމަކީ، މި އިސްތިއުނާފުގައި އެދޭގޮތްކަމަށް ބަޔާންކޮށްފައިވާ، އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު ވަޒީފާއިން ވަކިކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ބާޠިލުކޮށްދިނުމެވެ.

އިސްވެބުނެވުނު ދެކަންތަކުގެ މައްޗަށް ބަލާލުމަށްޓަކައި އަންނަނިވި ކަންކަން ފާހަގަކުރަމެވެ.

ޗިޓްތަކާމެދު ގޮތެއް ކަނޑައަޅާފައިނުވުމުގެ ސަބަބުން އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްލިންކްސް ޕްރައިވެޓް ލިމިޓެޑް މިޤަޟިއްޔާ އިން ކަނޑައަޅާފައިވާ ހަމައަކާ ޚިލާފުވެފައިވޭތޯ

އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު ވަޒީފާއިން ވަކިކުރުމުގެ ޗިޓްތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ނިންމާފައިނުވުމުގެ ސަބަބުން އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްލިންކްސް ޕްރައިވެޓް ލިމިޓެޑް މި ޤަޟިއްޔާއާ ޚިލާފުވެފައިވާކަމަށް ބުނެ އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދުގެ ފަރާތުން އެ ފާހަގަކޮށްފައިވާ އެ ޤަޟިއްޔާގެ 39 ވަނަ ޕެރެގްރާފްގެ އެބައިގެ ނަކަލެއްގަޟިއްޔާގެ 39 ވަނަ ޕެރެގްރާފްގެ ބައެއް ފާހަގަކޮށްފައިވެއެވެ. އެބައިގެ ިވަނީ، އެ ޤަޟިއްޔާގެ 39 ވަނަ ޕްރެގްރާފުގެ ތިރީގައިއެވާ ނަކަލެއް ތިރީގައި އެވަނީއެވެބަޔަށެވެ.

"ދަށު ކޯޓުން ކުރާ ޙުކުމެއް އެއީ ޤާނޫނާ ގަވާއިދާ އެއްގޮތްނުވާ، ނުވަތަ އެ ޙުކުމަކުން ޙައްލެއް ލިބެންޖެހޭ ކަމަކަށް ވިޔަސް ނުވަތަ ޤާނޫނީ ނުކުތާއަކަށް ވިޔަސް، ހައްލެއް ނުވަތަ ޖަވާބެއް ނުލިބޭނަމަ، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ހަމަޖެހިފައިވާ ގޮތުން، އެފަދަ މައްސަލައެއް ދެން ވާނީ އިސްތިއުނާފުކުރާށެވެ."

އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްލިންކްސް ޕްރައިވެޓް ލިމިޓެޑް މި ޤަޟިއްޔާއަކީ އިންޝުއަރެންސްއާގުޅޭ މައްސަލައެކެވެ. އެ ޤަޟިއްޔާގައި ޙަވާލާދީފައިވަނީ 39 ވަނަ ޕެރެގްރާފަށެވެ. މުޅި މިޕެރެގްރާފު ބިނާކޮށްފައިވަނީ ރެސް ޖުޑިކާޓަރ މަބުދައުޢު ތަޠުބީޤުކުރުމުގެ ހަމަތަކާ ގުޅޭގޮތުންނެވެ. ރެސް ޖުޑިކާޓަރގެ މަބުދައު ތަޠުބީޤުކުރުމުގެ ހަމަތައް ބަޔާންކޮށްދެމުން އެ ޤަޟިއްޔާގައި ބުނެފައިވަނީ، ދަށު ކޯޓަކުން ނިންމާފައިވާ މައްސަލައެއް ދެވަނަ ފަހަރަކަށް އެކޯޓަކަށް ހުށަނޭޅޭކަމަށެވެ. އަދި މިކަން ތަފުސީލުކޮށްދެމުން އިތުރަށް އެޕެރެގްރާފުގައި ބަޔާންކޮށްދީފައިވަނީ ތިރީގައި އެވާގޮތަށެވެ.

"ދަށު ކޯޓުން ކުރާ ޙުކުމެއް އެއީ ޤާނޫނާ ގަވާއިދާ އެއްގޮތްނުވާ، ނުވަތަ އެ ޙުކުމަކުން ޙައްލެއް ލިބެންޖެހޭ ކަމަކަށް ވިޔަސް ނުވަތަ ޤާނޫނީ ނުކުތާއަކަށް ވިޔަސް، ހައްލެއް ނުވަތަ ޖަވާބެއް ނުލިބޭނަމަ، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ހަމަޖެހިފައިވާ ގޮތުން، އެފަދަ މައްސަލައެއް ދެން ވާނީ އިސްތިއުނާފުކުރާށެވެ. ވަކި ކަމަކާ ގުޅޭ ޙުކުމެއް އޮއްވައި، އެ ޙުކުމް އެއްފަރާތްކޮށް، އެ ޙުކުމާ ފުށުއަރާގޮތަށްވިޔަސް އަދި އެއްގޮތަށްވިޔަސް، ދެވަނަ ފަހަރަށް ހަމަ އެއް ކަމަކާ ގުޅިގެން ކޯޓުން ޙުކުމްކުރާނަމަ، ނިޒާމުގެ ނާޖާއިޒު ބޭނުން ހިފުމުގެ ދޮރު ހުޅުވާލެވި، އެއް ކަމަކަށް އެއް ކޯޓަކުން އެތައް ފަހަރަކު ޙުކުމްކުރުމަށް ފުރުޞަތު ދެވި، އަދި ޚަޞްމުންގެ މެދުގައި އޮތް ޚުޞޫމާތަށް ނިމުމެއް ނައިސް ދިގުލައިގެން ދިއުމުގެ ފުރުސަތު އޮވެ، އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅިގެންދާނެއެވެ."

އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު ނަކަލުކޮށްފައިވަނީ، އެޕެރެގްރާފުގެ ފުރަތަމަ ބަޔަށެވެ. މުޅި އެ ޕެރެގްރާފު ބިނާވެފައިއޮތީ ރެސް ޖުޑިކާޓާރ މަބުދައު ތަޠުބީޤުކުރުމާ ގުޅޭގޮތުން ކަމަށްވެފައި، އިސްތިއުނާފު ކުރެވޭ މި ވަގުތީ އަމުރުގެ މައްސަލައާ ރެސް ޖުޑިކާޓަރ މަބުދައު އާއި އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްލިންކްސް ޕްރައިވެޓް ލިމިޓެޑް މިޤަޟިއްޔާއާ އޮތް ގުޅުމެއް ފާހަގަކުރެވިފައި ނުވެއެވެ.

ވުމާއެކު، އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްލިންކްސް ޕްރައިވެޓް ލިމިޓެޑް މި ޤަޟިއްޔާއާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ޚިލާފުވިގޮތެއް އަދި އިސްތިއުނާފީ ނުކުތާގައި އޮތް ޤާނޫނީ ބަހުސެއް އަހުރެންނަށް ސާފުކޮށްދެވިީެވިފައި ނުވެއެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލައެއް އިސްތިއުނާފު ކުރެވިދާނެ ޙާލަތްތައް ވަނީ ބަޔާންކޮށްފައެވެ. މިގޮތުން، އެޙާލަތްތަކުގެ ތެރޭގައި ހިމެނެނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމެއް ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ވާނަމަ، ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުން ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއްވާނަމަ ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމްކުރުމުގެ ކުރިން އައި އިޖުރާއީ އައިބެއް ހުރިނަމަ، މިފަދަ ކަންކަމުގެ މައްޗަށްކަމަށް ވެފައި، ބަޔާންވެ ދިޔަ ތަރަހައިގެ ތެރެއިން ހުށަހެޅިފައިވާ މި އިސްތިއުނާފުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭކަމެއް އޮތްކަމަކަށްަކަށް އަހުރެން ނުދެކެމެވެ.

ވަޒީފާއިން ވަކިކުރުމުގެ ފިޔަވަޅުތައް ބާޠިލުކޮށްދިނުމަށް އެދިފައި އޮތުން

އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލައި، އެފަރާތްތަކުގެ މުޅި ޝަކުވާއަކީ، ސިވިލް ކޯޓުގައި ހިނގަމުންދާ މައުޟޫޢީ މައްސަލައިގައި، ވަގުތީ އަމުރަކަށް އެދުނީ ދުރާލާ އެފަރާތްތަކުން 10 އޮކްޓޫބަރު 2021 މިތާރީޚުގައި ވަޒީފާއިން ވަކިކުރާނޭކަން 30 ސެޕްޓެންބަރު 2021 ގައި އެފަރާތްތަކަށް އަންގާފައިވާތީވެ، ސިވިލް ކޯޓުން އެ މައްސަލައިގައި ގޮތެއް ކަނޑައަޅަންދެން ދިވެހި ފުލުހުންގެ ޚިދުމަތުގެ އެނިންމުން ތަންފީޛުޒުކުރުން ފަސްކޮށްދިނުމަށެވެ. ނަމަވެސް، އެފަދަ އަމުރަކަށް ސިވިލް ކޯޓުގައި އެދިފައިވަނިކޮށް، ވަޒީފާއިން ވަކިކުރިއިރު ވަގުތީ އަމުރާމެދު ގޮތެއް ނުނިމި އެކަމުގެ މުއާލަތްކެނޑި އެކަމުގެ ފާޢިލިއްޔަތު ގެއްލިފައިވާކަމަށެވެ. މިސަބަބަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓުން އެވަގުތީ އަމުރާމެދު ނިންމިގޮތަށް ޖަވާބެއް ދީފައި ނުވާކަމަށެވެ.

ނަމަވެސް، މިރައުޔުގެ ތޭރަވަނަ13 ވަނަ ޕެރެގްރާފުގައި ބަޔާންކުރެވިފައިވާ ފަދައިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މިހާރު އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު އެދިފައިވާގޮތަށް ބަލައި، ފާހަގަކުރެވެނީ އެފަރާތްތަކުން ވަޒީފާއިން ވަކިކުރެވިފައިވާ އޮތް އޮތުން ނިމުމަކަށްގެނެސް ސިވިލް ކޯޓުގައި ހިނގަމުންދާ މައުޟޫޢީ މައްސަލައިގައި ގޮތެއް ކަނޑައަޅައި، ވަޒީފާއިން ވަކިކުރުމާގުޅޭ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ބާޠިލުކޮށް ދިނުމަށެވެ. އަދި މިފަދަ އަމުރަކަށް މިހާރު އެދޭ ސަބަބެއްކަމަށްުގައި ބަޔާންކޮށްފައިވަނީ، މައްސަލައިގެ ސިވިލް ކޯޓުގެ ޑިސްޕިއުޓް މަރުޙަލާއަށް ދެފަރާތް ޙާޟިރުކޮށް އެކަމުގެ މަޢުލޫމާތު ލިބުމަށްފަހު، ގަސްދުގައި ޢަދުލު އިންޞާސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ނިޔަތުގައިކަމަށްވާތީއާއި، ވަގުތީ އަމުރަކުން ޙާޞިލުކުރަން ބޭނުންވާ ނަތީޖާ ޙާޞިލުވިޔަ ނުދިނުމުގެ ގޮތުން، ނުވަތަ އެ ޤަޟިއްޔާއިން ޙާޞިލުކުރަން ބޭނުންވާ ނަތީޖާއަށް ހުރަސްއެޅުމާއިުގެ ގޮތުން ޕްރޮސެސް އެބިއުސް ކުރުމުގެ ގޮތުން ކަމުގައިވާތީއެވެ.

ވަގުތީ އަމުރެއް ނެރެދިނުމުގައި ޢަމަލުކުރާ އުޞޫލުތަކަށް ބަލާއިރު، ވަގުތީ އަމުރެއް ނެރެދިނުމަށް އެދެނީ ވަގުތީ ފަރުވާއެއް ދެވިދާނެކަމެއްގައި އެކަމަށް މުނާޞަބު މަޙައްލެއްގައެވެ. ވަގުތީ އަމުރަކަށް އެދޭ ޙާލަތެއްގައި އެފަދަ އަމުރެއް ނެރެ ފިޔަވަޅު ނާޅައިފިނަމަ، ކޯޓަށް ހުށަހެޅިފައިވާ މައުޟޫޢީއީ މައްސަލައިގައި ޙުކުމްކުރެވޭއިރު، އެ ޙުކުމުގެ މަޤުޞަދު ހާސިލުނުވެ ހިނގައިދާނެ ކަމެއް ކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރެއްޖެނަމަ، ނުވަތަ މައްސަލައިގައި ހިމެނޭ ދެފަރާތުންކުރެ ފަރާތަކަށް ގެއްލުމެއް ލިބިދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ ވަގުތީ އަމުރެއް ނެރެދިނުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެއެވެ.

މި އުޞޫލުން ދަށު ކޯޓުގައި ވަގުތީ އަމުރަކަށް އެދުމުން، އެ އަމުރު އެކޯޓަކުން ނިންމިގޮތް އިސްތިއުނާފު ކުރުމުން ބަލަނީ ދަށު ކޯޓުގައި އެދުނު އަމުރާއި އަދި އެކޯޓުން އެކަމާގުޅޭގޮތުން ނިންމާފައިވާ ގޮތުގެ މައްޗަށެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން އަސާސްއކަމަށްަކަށް ބަލައިގެނެވެ.

ނަމަވެސް، އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލައިގައި މިހާރު އެދެމުންދަނީ ދަށު ކޯޓުގައި އެދުނު ވަގުތީ އަމުރެއްގެ އިމުން ބޭރުވެ، ދިވެހިރާއްޖޭގެ ހައިކޯޓުގައި އެކަމަކާމެދު ގޮތެއް ކަނޑައެޅިފައިނުވާ ކަމެކެވެ. އެއީ، ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދުމުން އެކޯޓުން އެއަމުރު ލިބިނުދިނުމަށްޓަކައި، ގަސްދުގައި ޢަދުލު އިންޞާސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ނިޔަތް އޮވެ، ވަގުތީ އަމުރަކުން ޙާޞިލުކުރަން ބޭނުންވާ ނަތީޖާ ޙާޞިލުވިޔަ ނުދިނުމުގެ ގޮތުން ނުވަތަ އެ ޤަޟިއްޔާއިން ޙާޞިލުކުރަން ބޭނުންވާ ނަތީޖާއަށް ހުރަސްއެޅުމުގެ ގޮތުން ޕްރޮސެސް އެބިއުސްކުރުމުގެ ގޮތުން ކަމުގައިވާތީ، އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު ވަޒީފާއިން ވަކިކުރުމާގުޅޭގޮތުން އަޅާފައިވާ ފިޔަވަޅުތައް ބާޠިލުކޮށްދިނުމަށެވެ.

ވަގުތީ އަމުރު ނެރުމުގައި ބަލާ އެންމެ އަސާސީކަމަކީ، އެދޭ ފަރުވާއަކީ ވަގުތީ ފަރުވާއެއް ދެވިދާނެ ކަމެއްތޯއެވެ. މިގޮތުން އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު އެދިފައިވާ ކަންކަމުގެ މައްޗަށްބަލައި، އެފަރާތުން އެދިފައިވަނީ، ވަގުތީ ޙައްލަކަށްވުރެ، މައުޟޫޢީއީގޮތުން މައްސަލައެއް ބެލި، ކަންހިނގާދިޔަގޮތް ކަށަވަރުކުރެވި އެމައްޗަށް ޝަރީޢަތެއް ނުކުރެވި، ދެވިދާނެ ފަރުވާއެއް ނޫނެވެ.

އިސްވެބުނެވު ކަންކަން އެގޮތުގެ މަތިންހުރުމާއެކު، މި އިސްތިއުނާފު އަހުރެން ބަލައި ނުގަންނަމެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ވެސް ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/319 ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރުމުޙައްމަދު އިބްރާހީމްޢާއިޝާ ޝުޖޫން މުޙައްމަދު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ