ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2023/HC-A/257

ނަން ސިއްރު ކުރެވިފައި ވ. ނަން ސިއްރުކުރެވިފައި

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 10 ޖޫން 2024ދަށު ކޯޓު: ކޯޓުގެ ނަން ސިއްރު ކުރެވިފައި XXXބާވަތް: އެހެނިހެން

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ކޯޓުގެ ނަން ސިއްރު ކުރެވިފައި XXX
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ކައިވެނީގެ ތެރޭގައި ހޯދި މުދަލުގެ މިލްކުވެރިކަމުގެ މަޢުޟޫޢީ މައްސަލައެއްގެ ތެރެއިން، މުދާ ހިފެހެއްޓުމާއި ކުލީގެ އާމްދަނީ ކޯޓަށް ޖަމާކުރުމަށް އެދުނު ވަގުތީ އަމުރު ސިވިލް ކޯޓުން (ހުޅުމާލެ ޑިވިޜަން) ނުނެރުމަކީ ނެކްސްބިޒް ޤަޟިއްޔާގައިވާ ޝަރުޠުތަކާ ޚިލާފު ނިންމުމެއްތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ވަގުތީ އަމުރާމެދު ނިންމުން ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 މަޢުޟޫޢީ މައްސަލައެއް ހުށަހެޅޭ ކޮންމެ ފަހަރަކީ ވަގުތީ އަމުރެއް ނެރެންޖެހޭ ޙާލަތެއް ނޫނެވެ. ވަގުތީ އަމުރެއް ނުވަތަ ރައްކާތެރިކަމުގެ ފިޔަވަޅެއް އަޅަންޖެހެނީ މަޢުޟޫޢީ މައްސަލައިގައި ހޯދަން އެދޭ ފަރުވާ ނުލިބިދާނެކަމުގެ އިޙްތިމާލު އޮތް ޙާލަތުގައި، ދަޢުވާކުރާ ފަރާތުގެ މަޞްލަޙަތު ޙިމާޔަތްކުރަންޖެހޭކަން އެނގި، މަޢުޟޫޢީ ޙައްޤާއި ދަޢުވާކުރާ ފަރާތާ ދެމެދު އޮތް ގުޅުން ސާފުކޮށްދެވިގެންނެވެ.

HN2 ވަގުތީ އަމުރު ނެރުމުގައި ބަލަންޖެހޭ އާންމު ޝަރުޠުތަކަކީ: (1) ޤާނޫނީ ޙިމާޔަތް ލިބެންޖެހޭ މަޢުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވުން (fumus boni juris)، (2) އަމުރު ނުނެރެ މަޢުޟޫޢީ ދަޢުވާ ލަސްވެއްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން (periculum in mora)، (3) އަމުރަށް އެދޭ ފަރާތަށް ޞިފަތު ނުވަތަ ޙައިޘިއްޔަތު ލިބިގެންވުން.

HN3 ޞިފަތު އެކަނި، ނުވަތަ ޞިފަތާއެކު ޙިމާޔަތްކުރަންޖެހޭ ޤާނޫނީ މަރުކަޒެއް އޮތްކަން އެނގުމަކީ، މުޠުލަޤަށް ވަގުތީ އަމުރެއް ނެރެންޖެހޭ ސަބަބެއް ނޫނެވެ.

HN4 ޝަރުޠުތައް ފުރިހަމަވާ ޙާލަތުގައިވެސް ވަގުތީ އަމުރު ނެރެދެނީ، މަޢުޟޫޢީ ޙައްޤު ދުރާލައި ޙިމާޔަތް ނުކޮށްފިނަމަ މަޢުޟޫޢީ މައްސަލައިގެ ބޭނުން ކެނޑިދާނެތީ، ނުވަތަ އެ ޙައްޤަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށެވެ. އެހެންކަމުން އަމުރު ނުނެރެފިނަމަ ލިބޭނެ ގެއްލުމަކީ ކޮބައިކަން އަމުރަށް އެދޭ ފަރާތުން ބަޔާންކޮށްދޭންޖެހެއެވެ.

HN5 ގެއްލުން ކުރިމަތިވެދާނެ ޢަމަލުތަކެއް ދަޢުވާ ރައްދުވާ ފަރާތުން މިހާރު ކުރަމުންދާކަން ނޭނގޭ، މަޢުޟޫޢީ ދަޢުވާގެ ބޭނުން ކެނޑިދާނެ ނުވަތަ އިޢާދަނުކުރެވޭ ބޮޑެތި ގެއްލުން ކުރިމަތިވެދާނެ ޙާލަތެއް ނެތް ޙާލަތުގައި ވަގުތީ އަމުރު ނުނެރުމަކީ ރަނގަޅު ނިންމުމެކެވެ.

HN6 މަޢުޟޫޢީ މައްސަލައިގައި ކާމިޔާބުވެއްޖެނަމަ ފަހުން އާމްދަނީ ހޯދުމުގައި ކުރިމަތިވާނެ ތަކުލީފު ކުޑަކުރުމަކީ، އިޢާދަނުކުރެވޭ ގެއްލުމެއްކަން ސާފުކޮށްދީފައިނުވާނަމަ ވަގުތީ އަމުރު ނެރުމުގެ ސަބަބެއް ނޫނެވެ.

HN7 މުދަލަކީ ކައިވެނީގެ ތެރޭގައި އެއްކުރި މުދަލެއްތޯ ކަނޑައެޅެނީ މަޢުޟޫޢީ މައްސަލައިގައި ހެކި ވަޒަންކޮށްގެން ކަމުން، އެ ދަޢުވާ އެކަނި މަޢުޟޫޢީ ޙައްޤު އެކީއެކަށް ގެއްލިދާނެ ޙާލަތެއް ބަޔާންކޮށްދިނުމަކަށް ނުވެއެވެ. މިލްކުވެރިކަމަކީ މަޢުޟޫޢީ މައްސަލައިގެ މައުޟޫޢު ކަމަށްވާއިރު، އެ ވާހަކަ އެކަނި މިހިނދަށް އަމުރެއް ނެރުމުގެ ޤާނޫނީ ބިނާއެއް ނޫނެވެ.

އެހެނިހެން › ވަގުތީ އަމުރު

HN8 މަޢުޟޫޢީ ޙައްޤު އެކީއެކަށް ގެއްލިދާނެ ޙާލަތެއް ދަށު ކޯޓުން ކަނޑައަޅާފައި ނުވާއިރު، އެފަދަ ޙާލަތުގައި އިޢާދަނުކުރެވޭ ގެއްލުން ކޮންމެހެން ބަލަން ނުޖެހޭކަމަށް ބުނާ ހައިކޯޓުގެ 2021/HC-A/91 ޤަޟިއްޔާއަށް ރިޢާޔަތްނުކުރުމަކީ ޤާނޫނީ ގޯހެއް ނޫނެވެ.

HN9 ދަށު ކޯޓުގެ ނިންމުމުގައި ވާޤިޢާއަކާ ބެހޭ އޮޅުމެއް އަރާފައިވާކަމަށް ބުނާނަމަ، އެ އޮޅުމުގެ ސަބަބުން ނިންމުމުގެ ނަތީޖާއަށް ކުރި އަސަރާއި ނިކުތް ނުރަނގަޅު ޤާނޫނީ ނަތީޖާ އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްދޭންވާނެއެވެ.

HN10 ކޮންމެހެން ބާއްވަން ބޭނުމެއް ނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެ އުނިކުރަން އެދުނު އިސްތިއުނާފީ ނުކުތާއެއްގައި ކޯޓުން ގޮތެއް ކަނޑައަޅަން ނުޖެހެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
މުޙައްމަދު ޝަނީޒް ޢަބްދުﷲ، މުޙައްމަދު ނިޔާޒް، ޙުސައިން މަޒީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، ޙުސައިން މަޒީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ތަޢާރަފު

1މިއީ .............................................................................................. ވަގުތީ އަމުރާމެދު ނިންމިގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ އެ އަމުރު އިސްތިއުނާފު ކުރުމަށް އެދި މާލެ، .............................................. (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ...........) ގެ (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ ".............................)" ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މާލެ، ........................ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ..............) ( މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ ....................) އެވެ.

މައްސަލައިގެ ފަސްފަހަތް

2.................އާއި ................. ކައިވެނިކޮށްގެން 21 އަހަރާއި 08 މަސްދުވަހު އުޅުނުއިރު، ހޯދާފައިވާ މުދަލުގެ ތެރޭގައި ހިމެނޭ (ހުޅުމާލެ ނަންބަރު ..... ގޮތީގެ ...... ފްލެޓް) އާއި ޕްލެޓިނަމް ފްލެޓް (ހުޅުމާލެ ނަންބަރު ..........، ޕްލެޓިނަމް ރެސިޑެންސް ..........) އަދި އައިލްސް ފްލެޓުގެ ކުއްޔާއި، ..... ... ގޯތި އަދި ....................... ގޯއްޗާއި، ރަޖިސްޓަރީ ނަންބަރު ............... ނިސާން ކާރު ވިއްކާލުމަށް ފަހު ސްރީލަންކާއިން ގަތް ޓޮޔޯޓާ ވިޓްސް ކާރގެ މިލްކުވެރިކަމުގު ބައެއް ނުވަތަ އެ މުދަލުގެ މުޅި މިލްކުވެރިކަން ދެފަރާތުގެ ދެމެދުގައި އަނގަބަހުންވެފައިވ އެއްބަސްވުމުގާ ދަށުން .............. ޙައްޤުވާކަމަށް ކަނޑައަޅައިދިނުން އެދި ...................................ގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ. އެއީ ސިވިލް ކޯޓުގެ ނަންބަރު -262/CVCHD 2023 ޤަޟިއްޔާއެވެ.

3ހަމައެފަދައިން، ބަޔާންވެދިޔަ މުދާތައް .............................އަށާއި، ދަރިންނަށް ނުދީ ވިއްކާލަފާނެކަމުގެ އިޙްތިމާލު އޮތް ކަމަށްބުނެ، މުދާތައް ހިފެހެއްޓުމުގެ ވަގުތީ އަމުރަކަށް އެދި މަޢުޟޫޢީ ޤަޟިއްޔާގެ ތެރެއިން .......................ގެ ފަރާތުން ހުށަހަޅާފައިވެއެވެ.

4އިސްތިއުނާފުކުރެވިފައިމިވަނީ މައުޟޫއީ މައްސަލައިގެ ތެރެއިން ވަގުތީ އަމުރަކަށް އެދި އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅުމުން، އެ އަމުރާއިމެދު ސިވިލް ކޯޓުން ނިންމި ގޮތެވެ. ސިވިލް ކޯޓުގެ (ހުޅުމާލެ ޑިވިޜަން) ވަގުތީ އަމުރާމެދު ނިންމިގޮތް ބިނާކޮށްފައިވާ މައިގަނޑު ސަބަބުތައް

5ސިވިލް ކޯޓަށް (ހުޅުމާލެ ޑިވިޜަން) ހުށަހެޅި "ވަގުތީ އަމުރާމެދު ނިންމިގޮތް" ސަބަބެއްގެ ގޮތުގައި އަންނަނިވި ކަންކަން ބަޔާންކޮށްފައިވެއެވެ.

1.5 ހުޅުމާލެ ނަންބަރު .................... ފްލެޓަކީ ހުޅުމާލެ މެޖިސްޓްރޓޭ ކޯޓުގެ ނަންބަރު 187/HMC/2018ޤަޟިއްޔާއިން ހިބައިން ................އަށް މިލްކުކޮށްފައިވާތަނެއްކަނ އެނގެން އޮތުމުންނާއި، މި ހިބަ ބާޠިލްކުރުމަށް ޝަރުޢީ އެއްވެސް ކޯޓަކަށް މައްސަލަ ހުށަހަޅާފައި ނުވާތީ، ޝަރުޢީ ހަމަތަކުގެ މަތީން ކޮށްފައިވާ މި ހިބަ ޞައްޙަނޫންކަމަށް ބަލަންޖެހޭ އެއްވެސް ސަބަބެއް ...............ގެ ފަރާތުން ހުށަހަޅާފައިނުވާކަން، ސިވިލް ކޯޓުގެ ނަންބަރު 2023-CVCHD-262

2.5 ހުޅުމާލެ ފްލެޓް ޕްލެޓިނަމް ރެސިޑެންސް .........އަދި އައިލްސް ފްލެޓްގެ ކުލީގެ ފައިސާ ............................ގެ ފަރާތުން ހޯދުމަށް އެދި އަމުރަކަށް ނެރުމަށް އެދެން ބަލާއިރު، ހުޅުމާލެ ފްލެޓް ޕްލެޓިނަމް ރެސިޑެންސް ........އަކީ ...............ގެ ތަނެއްކަމަށާއި، މިތަނާއި ގުޅެގޮތުން ޝަރުޢީ އެއްވެސް ކޯޓަކަށް މައްސަލަ ހުށަހަޅާފައި ނެތުމުން، ............... އެދޭ ފަދަ އަމުރެއް ނެރެދެވެން ނެތްކަން،

3.5 ................. ގޯތި އަދި ........................ ގޯއްޗަކީ ޤަނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ޖަދުވަލު 5 ގެ 3 ވަނަ ނަންބަރުގެ

(ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އެ ގޯއްޗަކީ .....ގައި ހުރި ބިންބިމާއި ނުއުފުލޭ މުދަލުގެ މައްޗަށް އޮތް ޚުޞޫމަތެއްކަނ އެނގެން އޮތުމުން، ........................ގެ ފަރާތނު ...............ގޯތި އަދި ........................ ގޯއްޗާއިގުޅޭގޮތުން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރު އިޚްތިޞާސް ސިވިލް ކޯޓަށް ލިބިގެންނުވާކަން،

4.5 ސިވިލް ކޯޓުގެ ނަންބަރު 2023-262/CVCHD ޤަޟިއްޔާއިން މައުޟޫއީ މައްސަލަ ބަލަމުންދާއިރު ........................ގެ ފަރާތުން އެދުނު މުދަލުގެ އަގު އަދި މިލްކުވެރިކަންވެސް ކަނޑައެޅިގެންދާނީ މައުޟޫއީ މައްސަލަ ބަލައި ގޮތެއް ކަނޑައެޅިގެންކަމުގައިވާތީ، މައުޟޫއީ މައްސަލަ ގޮތެއް ކަނޑައެޅިގެން ނޫނީ ................... ބުނާ ފަދަ ވަގުތީ އަމުރެއް މިހިނދުގައި ނެރެދެވޭނެ ޤާނޫނީ ބިނާއެއް ...........................ގެ ފަރާތުން އެދުނު ވަގުތީ އަމުރުގައި ހުށަހަޅާފައިނުވާކަމަށެވެ.

ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނގް ނިންމުން

6ސިވިލް ކޯޓގު (ހުޅުމާލެ ޑިވިޜަން) ނަންބަރު BHD17/VN/2023/02-144 ވަގުތީ އަމުރުގައި ކަނޑައަޅފައިވަނާ ؛ "ބުނެވިދިޔ ކަންކަނަ އެގޮތުގައި ހުރުމުން ...............ގެ ފަރާތުން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރު ނެރެދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައިފީމެވެ." މިފަދައިންނެވެ.

އިސްތިއުނާފީ ނުކުތާތައް

7ސިވިލް ކޯޓު ގެ (ހުޅުމާލެ ޑިވިޜަން) ނަންބަރު BHD17/VN/2023/02-144 "ވަގުތީ އަމުރާމެދު ނިންމިގޮތް" ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވަނީ 04 (ހަތަރެއް) ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛

1.7 ފުރަތަމަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވ ވަގުތާ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫއީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވެފައިވާކަމާއި ސިފަތު އޮތްކަން ސާބިތުވާކަމަށް، ވަގުތީ އަމުރުގެ ނިންމުމުގައި ކަނޑައެޅުމަށްފަހު، އ 2 ޝަރުތާއި އިއާދަނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެފަދަ ޙާލަތުގެ ޝަރުތު ފުރިހަމަވީއިރުވެސް ވަގުތީ އަމުރު ނެރެނުދިނީ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާއާ ޚިލާފަށް ކަމުގައި ބުނެ ހުށަހެޅި ނުކުތާއެވެ.

2.7 ދެވަނަ ނުކުތާއަކީ: ހައިކޯޓުގެ ނަންބަރު 2021/HC-A/91 (މާހަލް ޓުއާރސް ވ. ސޭވް ދަ ޑްރީމް) ޤަޟިއްޔާގައި "މައުޟޫއީ ޙައްޤު އެކީއެކަށް ގެއްލިދާނެ ޙާލަތުގައި" ވަގުތީ އަމުރު ނެރުމުގައި، އިއާދަނުކުރެވޭ ގެއްލުމެއް ވޭތޯ ކޮންމެހެން ބަލަން ނުޖެހޭކަމަށް ބަޔާންކޮށްފައިވާއިރު، އެނުކުތާއަ ށ ރިޢާޔަތްނުކޮށް ވަގުތީ އަމުރާމެދު ނިންމިގޮތް ނިންމާފައިވުނކަމަށ ބުން ހުށަހެޅި ނުކުތާއެވެ.

3.7 ތިންވަނަ ނުކުތާއަކީ: ވަގުތީ އަމުރަށް އެދުނު ފޯމުގައިވެސް އަދި އަޑުއެހުމުގައި ދެ ފަރާތުން ވާހަކައިގައި ވެސް، ޕްލެޓިނަމް ފްލެޓާއި އައިލްސް ފްލެޓުނ ލިބް ކުލީގެ ފައިސާއިން ދެ ޚަޞްމުންގެ ކުދިންގެ ކިޔެވުމަށް ޚަރަދުކުރާ ކަމަށް، އެއްވެސް ޚަޞްމެއް ބުނެފައި ނުވާއިރު، މި ވަހުމުގެ މައްޗަށް ބިނާކޮށް ވަގުތީ އަމުރު ނުނެރުމަށް ނިންމުމުން ވަގުތީ އަމުރަށް އެދުމުގެ ޖައުހަރީ މައްސަލައިގެ ޙަޤީޤަތް އޮޅިފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

4.7 ހަތަރުވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/26 ޤަޟިއްޔާ ގައި، ކައިވެނި މަތީގައި ދެމަފިރިންގެ ދިރިއުޅު މަށްޓަކައި އަނބިމީހާ ކޮށްފައިވާ ޚަރަދެއް އޮތް ނަމަ ކައިވެނި ނިމުމަކަށް އައުމަށް ފަހުގައިވެސް ކުރީގެ ފިރިމީހާގެ ކިބައިން ހޯދިދާނެ ކަމަށް ކަނޑައަޅާފައިވީނަމަވެސް ވަގުތީ އަމުރާމެދު ނިންމިގޮތް ނިންމުމުގައި ................... ގޯތީގެ ކަންކަމުގެ އިޚްތިޞާސް ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޜަނަށް ލިބިގެންނުވާކަމަށް ނިންމާފައިވަނީ، ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/26 ޤަޟިއްޔާއާ ޚިލާފަށްކަމުގައި ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކާމެދު ދެފާ ރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞާ

8އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފްޞީލުގައި ބުނެފައިވަނީ، ވަގުތީ އަމުރެއް ނެރުމުގައު ފުރިހަމަވާންޖެހޭ ތިން ޝަރުޠުގެ ތެރެއިން، ސިފަތު އަދި ޤާނޫނީ މަރުކަޒެއް އޮތް ކަމަށް ދަށު ކޯޓުން ނިންމަވާފައިވާކަމަށެވެ. އެގޮތުން ވަގުތީ އަމުރާއި ގުޅިގެން ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދެއްކި ވާހަކަތަކަށް ބަލާއިރު މައުޟޫޢީ ޤަޟިއްޔާގައި ބަޔާން ކުރާ މުދާ ހޯދައި މިލްކުކުރުމުގެ ކަންކަން ކުރިއަށް ދިޔައިރު އެ ކަމުގައި .......................ގެ ބައިވެރިވުން އޮތްކަމާއި އަދި އެ މުދާ ހޯދައި ލިބިގަތުމާއި ގުޅޭ މުޢާމަލާތް ތަކުގައި ހިންގުނު ޓްރާންސްސެކްޝަން ތަކުގައި ............................ގެ ބައިވެރިވުމާއި .......................ގެ ބޭންކު އެކައުންޓުން ކޮށްފައިވާ މުޢާމަލާތްތައް ހުރިކަން އެނގޭނެ ލިޔުންތައް ދަށު ކޯޓަށް ހުށަހަޅާފައިވާކަމަށެވެ. އަދި މި ލިޔުންތަކުން ވަގުތީ އަމުރަށ އެދް ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުން އެ އިހުތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމްވެފައި ވާކަމާއި ސިފަތު އޮތްކަން ސާބިތުވާ ކަމަށް ކޯޓުންވެސް ޤަބޫލުކުރާ ކަމަށެވެ. ނަމަވެސް ވަގުތީ އަމުރު ނެރެނުދިނީ ބެލެންސް އޮފް ކޮންވީނިއަންސްއަށް ބަލާއިރު ..............އަށް ބޮޑަށް ގެއްލުންވާނެ ކަމަށް ކޯޓުން ދެކޭތީ ކަމަށެވެ. މިގޮތުން މި ހިނގާ މައްސަލައިގައި ވަގުތީ އަމުރަށް އެދޭ ސަބަބަކީ މި މައްސަލައިގައި ހިމެނޭ ދެ އެޕާރޓްމަންޓާއި، ކާރާއި، .............. ގޯތި، އެއްކޮށް ނުވަތަ މުދާތަކުނ ބައެއް ވިޔަސް ............އަށް ލިބޭނެ ކަމަށް އާޚިރުގައި ކޯޓުން ޙުކުމް ކުރާ ޙާލަތެއްގައި އިސްތިއުނާފުކުރާ ފަރާތުން ތަޙައްމަލު ކުރަންޖެހނޭ ތަކްލީފު ކުޑަކުރުމަށް ކަމަށެވެ. ވަރިވި ދުވަހުން ފެށިގެން ޙުކުމް ކުރި ދުވަހާއި ހަމައަށް އެ މުދާތަކުނ ލިބުން އާމްދަނީ ..............އަށް ދޭންޖެހޭނެ ކަމަށް ..............ގެ މައްޗަށް ކޯޓުން ޙުކުމް ކޮށްފިނަމަ އަލުން އެ ފައިސާ އަނބުރާ ..............ގެ އަތުން ހޯދުމަކީ ..............އަށް ވެސް އަދި ..............އަށް ވެސް ވަރަށްބޮޑު ތަކްލީފަކަށް ވެގެންދާނެކަމެއް ކަމަށެވެ. އެހެންކަމުން، މި ޙާލަތުގައި އެ ވަގުތީ އަމުރުގައި އެދުނު ގޮތަށް ކޯޓަށް އެފައިސާ ޖަމާ ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

9އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްޞީލުގައި ބުނެފައިވަނީ، ހައިކޯޓުގެ ނަންބަރު 2021/HC-A/91 ޤަޟިއްޔާގައި، މައުޟޫއީ ޙައްޤު އެކުގައި ގެއްލޭ ކަމުގައިވާނަމަ ވަގުތީ އަމުރު ނެރުމުގައި އިއާދަ ނުކުރެވޭ ގެއްލުމެއްވޭތޯ ކޮންމެހެން ބަލާކަށް ނުޖެހޭނެކަމަށް ކަނޑައަޅާފައިވާކަމަށެވެ. އަދި ހުށަހެޅިފައިމިވާ ވަގުތީ އަމުރުގައި ..............ގެ ފަރާތުން އެދިފައިވަނީ ދެމީހުން އެކީގައި އިނދެގެން އުޅުނުއިރު ހޯދާފައިވާ މުދަލުން ލިބޭ އާމްދަނީ، މައުޟޫއީ މައްސަލއަ ގ ގޮތއެ ކަނޑައަޅަންދެން ކޯޓަށް ޖަމާކުރުމަށެކަމުގައިވާއިރު، މިފަދަ ވަގުތީ އަމުރެއް ނުނެރެފިނަމަ މައުޟޫއީ ޙައްޤު އެއްކޮށް ގެއްލިގެން ހިނގައިދާނެކަމަށެވެ.

10އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ތިންވަނަ ނުކުތާގެ ތަފްޞީލުގައި ބުނެފައިވަނީ، .... ................އާއި ..................އާއި ދެމީހުން އިނދެގެން އުޅުނުއިރު ހޯދާފައިވާ މުދަލަކީ ........... ...ގެ ފަރާތުން ........................އަށް ދޭންބުނި މުދާތަކެއް ކަމުން ވަގުތީ ގޮތުން އެ މުދާތައް ހިފެހެއްޓުމަކީ ކޯޓަށް މި ހާލަތުގައި ލާޒިމްކަމެއް ކަމަށެވެ. އަދި ޕްލެޓިނަމް އައިލްސ ފްލެޓް ކުލި ދަރިފުޅުގެ ކިޔެވުމަށް ޚަރަދުކުރި ކަމަށާ ވަގުތީ އަމުރު ނިންމުމުގައި ބަޔާންކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށެވެ.

11އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ހަތަރުވަނަ ނުކުތާގެ ތަފްޞީލުގައި ބުނެފައިވަނީ، ...... ....... ގޯއްޗަކީ ދެމަފިރިން ވަރިވުމާއ ގުޅިގެނި ހުށަހަޅާފައިވް ދެމަފިރިންގެ މަޞްލަޙަތު ހިމެނޭ މައްސަލައެއްކަމުން، ............. ގޯތީގެއިޚްތިޞާސްއާމެދު .............ގެ ފަރާތުން އިއުތިރާޒުކޮށްފައިނުވާތީ، މިހާރު އެ މައްސަލަ ބެލުމުގެ އިޚްތިޞާސް ސިވިލް ކޯޓު ހުޅުމާލޭ ޑިވިޜަނަށް ލިބިގެންވާކަމަށެވެ. އަދި މި މައްސަލަ މިހާރު ޙައްލުވެފައިވާކަމަށެވެ. ހަމައެފަދައިން، މއ އިސްތިއުނާފި ނުކުތާއެއްގެ ގޮތުގައި ކޮންމެހެން ބާއްވަން ބޭނުންވާ ނުކުތާއެއް ނޫންކަމަށާއި، އަދި އިސްތިއުނާފީ މައްސަލައިގައި، މައްސަލަ ނިންމައިދިނުމަށް އެދޭގޮތުގައި ހިމެނޭ، އިޚްތިޞާޞާގުޅޭ ނުކުތާވެސް އުނިކުރުމަށް އެދޭކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވެއެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް:

12ސިވިލް ކޯޓުގެ (ހުޅުމާލެ ޑިވިޜަން) ނަންބަރ BHD17/VN/2023/02-44 ވަގުތީ އަމުރާމެދު ނިންމި ނިންމުމަށް ބަދަލުގެންނަންޖެހޭ ކަމަށް އިސްވެ ދެންނެވުނު ކަންކަމަށް ރިޢާޔަތްކޮށް ކަނޑައަޅައި، ސިވިލް ކޯޓު ގެ ހުޅުމާލެ ޑިވިޝަންގެ ނަންބަރު CHD/2023-262/Cv ޤަޟިއްޔާގައި ޙުކުމެއް ކުރަންދެން، ތިރީގައިވާ ކަންކަމަށް ...............ގެ މައްޗަށް ވަގުތީ އަމުރު ނެރެދެއްވުމަށް؛ i. (ހ) މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 މާއްދާގެ (ށ) ގެ (6) ވަނަ ނަންބަރު ކަމުގައިވާ "މުދަލުން ތަސައްރުފުކުރުން ހުއްޓުވުމުގެ އަމުރެއް" ގެ ދަށުން، ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޜަންގެ ނަންބަރު CHD/2023-262/Cv ޤަޟިއްޔާގެ މައުޟޫއީ ދަޢުވާ ފޯމުގެ 1 ވަނަ ނަންބަރުގެ (ހ) އިން (ރ) އަށް ބަޔާންކޮށްފައިވާ މުދާތައް، ވިއްކުމާއި، މިހާރު ކުއްޔަށް ދީފައިވާ ފަރާތްތައް ނޫން އެހެން ފަރާތަކަށް ކުއްޔަށް ދިނުމާއި، އެ މުދާތައް ނުވަތަ އެ މުދާތަކުގެ ޙައްޤުތައް ޓްރާންސްފަރ ކުރުމާއި، އެފަދަ އެހެން ތަޞައްރަފެއް ނުކުރުމަށް ..........ގެ މައްޗަށާއި ކަމާބެހޭ ފަރާތްތަކަށް އެންގުމަށް؛ ii. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ (i) ކަމުގައިވާ "ވަކި މުދަލެއް ހިފެހެއްޓުމަށް ނުވަތަ ވަކި ފަރާތެއްގެ ބެލުމުގެ ދަށަށް ގެނައުމަށް ނުވަތަ މުދާ ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ" ދަށުން، ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޜަންގެ ނަންބަރ CHD/2023-262/Cv ޤަޟިއްޔާގެ މައުޟޫއީ ދަޢުވާ ފޯމުގެ 1 ވަނަ ނަންބަރުގެ (ހ) އިން (ރ) އަށް ބަޔާންކޮށްފައިވާ މުދާތައް، ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ............ ....ގެ މައްޗަށާއި ކަމާބެހޭ ފަރާތްތަކަށް އެންގުމަށް؛ iii. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ (vi) ކަމުގައިވާ "ވަކި މުދަލަކުން ލިބޭ މަންފާ ނުވަތަ އާމްދަނީ ޝަރީޢަތް ނިމެންދެން ކޯޓަށް ދެއްކުމުގެ" ދަށުން، ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިރަންގެ ނަންބަރު CHD/2023-262/Cv ޤަޟިއްޔާގެ މައުޟޫއީ ދަޢުވާ ފޯމުގެ 1 ވަނަ ނަންބަރުގެ (ހ) އިން (ރ) އަށް ބަޔާންކޮށްފައިވާ މުދާތަކުން .................އަށް ލިބް ކުއްޔާއި އެހެނިހެން އާމްދަނީ ޝަރީޢަތް ނިމެންދެން ކޯޓަށް ދެއްކުމަށް .............ގެ މައްޗަށް އަމުރުކޮށްދެއްވުމަށާއި؛ iv. .............................ގެ ފަރާތުން ވަކީލގު މަސައްކަތަށް ޚަރަދުކޮށްފައިވާ (ޖީ.އެސް.ޓީއާއެކު) -16,200/ (ސޯޅަހާސް ދުއިސައްތަ) ރުފިޔާގެ ޚަރަދު ............ގެ ފަރާތުން ..........................އަށް ދޭންޖެހޭކަމަށް ކަނޑައަޅުއްވާ ދެއްވައި މައްސަލަ ނިންމަވާ ދެއްވުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދައްކާފައިވާ ވާހަކަ:

13އިސްތިއުނާފީ ފުރަތަމަ ނުކުތާއާއި ދެވަނަ ނުކުތާގައި މައިގަނޑު ގޮތެއްގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ، މި މައްސަލާގައި ހިމެނޭ މުދާތަކަކީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ، އިސްތިއުނާފު ރައްދުވާ ފަރާތނ ބަލަހައްޓަމުން ގެންދު މުދާތަކެއް ކަމަށާއި، އެ މުދާތައް އިސްތިއުނާފު ރައްދުވާ ފަރާތުގެ އަތުގައި ހުރުމަކުން އިސްތިއުނާފުކުރާ ފަރާތަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތްކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތަކީ އެއްވެސް އިރެއްގައި އޭނގާ ބެލުމުގެ ދަށުގައި ހުރި މުދާތައް ވިއްކާ، ހިބައިން ދީފައިވާ ފަރާތެއް ނޫން ކަމަށާއި، އެ މުދާތަކުގެ ތެރެއިން، .....................އޕާޓްމަންޓަކެ ހޯމް ޕާރޗޭސް ލޯނގު ދަށުން، ބެންކް އޮފް މޯލްޑިވްސްގައި ރަހުނު ކުރެވިފައި އޮތް މުދަލެއްކަމށެވެ.

14އ ސްތިއުނާފީ ތިންވަނަ ނުކުތާތަކުގައި މައިގަނޑު ގޮތެއްގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ، ދެމީހުންގެ އިނދެގެން އުޅުނުއިރު ހޯދާފައިވާ މުދަލުން ދަރީންގެ ޚަރަދު ބަލަހައްޓަމުންގެންދަނީ މިހާރުވެސް އިސްތިއުނާފު ރައްދުވާ ފަރާތުންކަމަށެވެ.

15އިސްތިއުނާފީ ހަތަރުވަނަ ނުކުތާތަކުގައި މައިގަނޑު ގޮތެއްގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ، ............ ގޯތީގެ މައްސަލައަކީ ކ.ކާށިދޫ މެޖިސްޓްރޭޓް ކޯޓުން ބަލަންޖެހޭ މައްސަލައެއް ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:

16ސިވިލް ކޯޓުގެ (ހުޅުމާލެ ޑިވިޜަން) ނަންބަރު B13/VN/2023/02-144 ވަގުތީ އަމުރަށް ބަދަލު ގެންނަންޖެހޭ ހަމައެއް ނެތްކަމަށް ކަނޑައަޅުއްވާދެއްވުމަށާއ އިސްތިއުނާފުކުރި ފަރާތުގާ ދައުވާ ފޯމުގެ 9.4 ގައި ނަންބަރުގައި ބަޔާންކުރާ ޤާނޫނީ ވަކީލު ނުވަތަ ލޯފާމަށް ........................ ދައްކަންޖެހޭކަމަށް ބުނާ ފައިސާ ޖީ.އެސް.ޓީއާއެކު ...........އަށް ދައްކަންނުޖެހޭ ކަމަށް ކަނޑައަޅުއްވާ ދެއްވުމަށެވެ. ފާހަގަކުރެވުނު ނުކުތާތައް:

17HN1މަޢުޟއޫ މައްސަލައެއް ހުށަހެޅޭ ކޮންމެ ފަހަރަކީ، އެ މަޢުޟޫޢީ މައްސަލައިގެ ތެރެއިން ވަގުތީ އަމުރެއް ނެރެންޖެހޭފަދަ ހާލަތަކަށް ނުވެދާނެއެވެ. ވަގުތީ އަމުރެއް ނުވަތަ ރައްކާތެރިކަމުގެ ފިޔަވަޅެއް މަޢުޟޫޢީ މައްސަލަ ނިމުމުގެ ކުރިން އަޅަންޖެހެނީ، އެކަމުގެ ސަބަބުން މަޢުޟޫޢީ މައްސަލައިގައި ހޯދަންއެދޭ ފަރުވާ ނުލިބިދާނެކަމުގެ އިޙްތިމާލު އޮންނަ ހާލަތްތަކުގައްޔާއި، އެމަޢުޟޫއީ މައްސަލާގައި ދައުވާކުރާ ފަރާތުގެ މަސްލަޙަތެއް ހިމާޔަތްކުރަންޖެހޭކަނ އެނގެން އޮތުމުގެ އިތުރަށް، އެމަޢުޟޫޢީ ޙައްޤާއި ދަޢުވާކުރާ ފަރާތާއި އޮތް ގުޅުމަކީ، ކޮބައިކަން ސާފުކޮށްދެވިގެންނެވެ.

18HN2އެގޮތުން މި ބަޔާންކުރެވުނު ކަންކަން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާއިން، ވަގުތީ އަމުރު ނެރުމުގައި ބަލަންޖެހޭ އާންމު ޝަރުޠުތަކެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ. އެއީ؛

1) ވ ގަތީ އަމުރަށް އެދޭ ފަރާތަށް، ޤާނޫނީގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތު ޤާނޫނީ މަރްކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވެގެންވުން (Fumus ؛boni juris)

2) ވ ގ ތ އަމުރު ނެރުމަކާނުލ އަޞްލާ މައުޟޫޢު ދަޢުވީ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން (Periculum in mora)؛

3) ވ ގ ތ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ "ޞިފަތު" (Capacity) ނުވަތަ ޙައިޘިއްޔަތު ޤާނޫނީގޮތުން ލިބިގެންވާ ފަރާތެއްކަމުގައިވުން، މިއެވެ.

19HN3ވަގުތީ އަމުރަކަށް އެދި ހުށަހަޅާއިރު، ނެކްސްބިޒް މައްސަލަ އިގައ ކަނޑައަޅާފައިވި އާންމު ޝަރުތުތަކުގެ ތެރެއިން، ސިފަތު، އެކަނި ނުވަތަ ސިފަތު އާއި އެކު ހިމާޔަތްކުރަންޖެހޭ ޤާނޫނީ މަރުކަޒެއް އޮތްކަން އެނގެން އޮތުމަކީ، މުތުލަގަށް އެކަމުގެ މައްޗަށް އަމުރެއް ނެރެންޖެހޭ ސަބަބަކަށް ނުވެދާނެއެވެ. ސަބަބަކީ، އެ ދެޝަރުތު ފުރިހަމަވުމުގެ ނަތީޖާއަކީ، ދައުވާއެއް ކުރުމުގެ ނުވަތަ އަމުރަކަށް އެދުމުގެ ހައިސިއްޔަތާއި، މަޢުޟޫޢީ މައްސަލާގައި އެދިފައިވާ ފަރުވާ ލިބިދިނުމުގެ މައްޗަށް ޙައްޤެއް ނުވަތަ ދައުވާއާ އެއްކޮޅަށް މައްސަލަ ނިންމުމަށް ބޭނުންކުރެވިދާނެ ޤާނޫނީ އުސޫލުތަކެއް ހުށަހެޅިފައިވުމެވެ. އެހެންގޮތަކަށް ދަންނަވާނަމަ، ދައުވާކުރާ ފަރާތާ އެއްކޮޅަށް މަޢުޟޫޢީ ދައުވާގައި ޙުކުމްކުރެވިދާނެ ފަދޫ ހަރުދަނާ ޤާނޫނީ އުސޫލުތަކެއްގެ މައްޗަށް ބިނާވެގެންވާ މައްސަލައެއް، އެފަދަ މައްސަލައެއް ހުށަހެޅުމުގެ ހައިސިއްޔަތު ލިބިގެންވާ ފަރާތަކުން ހުށަހަޅާފައިވާކަމުގައި ފެންނާން އޮތުމެވެ.

20HN4އެހެންނަމަވެސް، މަތީގައި ބަޔާންކުރެވުނު ޝަރުތުތައް ފުރިހަމަވާ ހާލަތުގައިވެސް، މަޢުޟޫޢީ މައްސަލައެއް ހުށަހަޅައިގެން ޙުކުމަކާ ހަމައަށް ދިއުމުގެ ކުރިއަށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ނަމަވެސް، ވަގުތީ އަމުރެއް އާންމުކޮން ނެރެދެނީ، މަޢުޟޫޢީ މައްސަލަ ނނިމު ލަސްވެގެންދާ މުއްދަތުގައި، އެ މަޢުޟޫއީ މައްސަލާގައި ހިމެނޭ މަޢުޟޫޢީ ހައްޤު ދުރާލައި ހިމާޔަތް ނުކޮށްފިނަމަ، މަޢުޟޫޢީ މައްސަލަ ހިންގުމުގެ ބޭނުން ކެނޑިދާނެކަމަށްޓަކައި، ނުވަތަ އެ ޙައްޤަށް ނުވަތަ ޙައްޤާއި ގުޅޭ މަސްލަޙަތަކަށ ލިބިދާނެކަމަށް ބެލެވޭ ގެއްލުމަކުން ނުވަތަ ނުރައްކަލަކުން ސަލާމަތްކުރުމަށްޓަކައެވެ. އެހެންކަމުން، ވަގުތީ އަމުރަކަށް އެދޭހިނދު، އެފަދަ އަމުރެއް ނެރެނުދީފިނަމަ އެކަމުގެ ސަބަބުން، އަމުރަށް އެދޭ ފަރާތަށް ލިބޭނެ ގެއްލުމަކީ ކޮބައިކަން ބަޔާންކޮށްދޭންޖެހެއެވެ.

21މި މައްސަލައަށް ބަލާއިރު، ވަގުތީ އަމުރަކަށް އެދިފައިވަނީ، މަޢުޟޫޢީ މައްސަލައިގައި މިލްކުވެރިކަން ހައްޤުވާކަމަށ ކަނޑައަޅައިދިނުމަށް އެދިފައިވާ މުދާތައް ވިއްކާލާނެކަމުގައި އިހުތިމާލު އޮތުމުންނާއި، އަދި ފްލެޓްތައ ކުއްޔަށްދީގެން ލިބް ފައިސާއިން އެއްވެސް މިންވަރެއް އިސްތިއުނާފު ކުރާ ފަރާތަށާއި، އަދި ދެމީހުންގެ ދަރިންނަށް ނުދިނުމުގެ އިހުތިމާލު އޮތުމުންނާއި، ......................... ގޯތި ކުއްޔަށް ހިފާފައިވާ މުއްދަތު ހަމަވެފައިވާއިރު، އެތަން ހުސްކޮށްފައިނުވާތީ، އެކަންކަމުގެ މައްޗަށް ބަލާއިރު މިފަދަ ވަގުތީ އަމުރެއް ނުނެރެފިނަމަ، އިސްތިއުނާފު ކުރާ ފަރާތަށް ގެއްލުންތަކެއް ލިބިދާނެކަމުގެ އިހުތިމާލު އޮތްކަމަށް އިސްތިއުނާފު ކުރާ ފަރާތަށް ޤަބޫލުކުރެވޭތީކަނ އެނގެން އޮވެއެވެ.

22ވަގުތީ އަމުރަށް އެދިފައިވާ އިސްވެ ބަޔާންވެދިޔަ ސަބަބުތަކަށްބަލާއިރު، ސިވިލް ކޯޓުގެ ނިންމުމުން ޖުމްލަގޮތެއްގައި އެނގެން އޮތްކަމަކީ، މަޢުޟޫޢީ ދަޢުވާގައި ހިމެނޭ، ފްލެޓްތަކާއި، ގޯއްޗަކީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ތަންތަން ކަމުގައިވެފައި، މަޢުޟޫޢީ ދައުވާގައި ހިމެނޭ ކާރަކީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ އަމިއްލަ ފައިސާއިން ގަނެފައިވާ ކާރެއްކަމުގައ އިސްތިއުނާފި ރައްދުވު ފަރާތުން ބުނެފައިވާއިރު، އެ މުދާ ނުވަތަ މުދަލުގެ އަގު ކަމުގައިވިޔަސް މިލްކުވެގެންވާ ފަރާތެއް ކަނޑައެޅިގެންދާނީ، މަޢުޟޫޢީ މައްސަލަ ބަލައި ގޮތެއް ކަނޑައެޅިގެން ކަމުގައިވާތީ، މިހިނދަށް އަމުރެއް ނެރެދެވެން ނެތްކަމަށް ކަނޑައަޅާފައިވާކަމެވެ.

23ހަމައެފަދައިން، ވަގުތީ ފަރުވާގެ ފިޔަވަޅެއް ނާޅައިފިނަމަ، ގެއްލުންތަކެއް ލިބުމުގެ އިހްތިމާލު އޮތްކަމަށްބުނެ ހުށަހެޅި ގެއްލުންތައް ކުރިމަތިވެދާނެ ޢަމަލުތަކެއް އިސްތިއުނާފު ރައްދުވާ ފަރާތުގެ މިވަގުތު ކުރަމުންގެންދާކަނ އެނގެން ނެތުމުން، ހުށަހަޅާފައިވާ މަޢުޟޫޢީ ދައުވާގައި ގޮތެއް ކަނޑައެޅިގެންދާއިރު އެ ދަޢުވާގެ ބޭނުން ކެނޑިގެން ހިނގައިދާނެފަދަ ހާލަތެއް، ނުވަތަ އިޢާދަނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެފަދަ ހާލަތެއް މިހިނދަށް އޮތްކަން އެނގެން ނެތުމުން، ވަގުތީ އަމުރެއް ނެރުމުގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ފުރިހަމަނުވާތީ، ވަގުތީ ފަރުވާގެ ފިޔަވަޅުތައް އެޅޭނެ ހަމައެއް ނެތްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާކަމެވެ. ދަށުކޯޓުގެ ނިންމުމުގައި، މަޢުޟޫޢީ ޙައްޤެއް އަދި ސިފަތު އޮތްކަން ސާބިތުވާކަމަށް ކަނޑައެޅުމަށްފަހު، އިއާދަނުކުރެ ވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެފަދަ ހާލަތެއް ފުރިހަމަވެފައިވާއިރު، ވަގުތީ އަމުރު ނެރެދީފައިނުވާކަމަށް ބުނާބުނުން:

24އިސްތިއުނާފީ ނުކުތާގެ ތަފްސީލު ބަޔާންކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްފައިވަނީ، އެފަދައިން ސިފަތު އޮތްކަމަށް ކަނޑައަޅާފައިވަނީ "ވަގުތީ އަމުރާމެދު ނިންމިގޮތް"ގެ ޕެރެގްރާފް 27 ގައި ކަމަށެވެ. އަދި އެ ޕެރެގްރާފް އޮތްގޮތަށް ނަކަލުކޮށްފައިވެއެވެ.

25އެގޮތުން، އެ ޕެރެގްރާފަށް ބަލާއިރު، އެ ޕެރެގްރާފްގައި ބަޔާންކޮށްފައިވަނީ، މައްސަލާގައި ހުށަހެޅިފައިވާ ލިޔުންތަކާއި ދެފަރާތުން ދެއްކި ވާހަކަތަކަށްބަލާއިރު، މަޢުޟޫޢީ ޤަޟިއްޔާގައި ބަޔާންކުރާ މުދާ ހޯދައި މިލްކު ކުރުމުގެ ކަންކަން ކުރިއަށް ދިޔައިރު، އެކަމުގައި އިސްތިއުނާފު ކުރާ ފަރާތުގެ ބައިވެރިވުން އޮތްކަމާއި، އަދި އެ މުދާ ހޯދައި ލިބިގަތުމާގުޅޭ މުޢާމަލާތްތަކުގައި ހިންގުނު ޓްރާންސެކްޝަންތަކުގައި އިސްތިއުނާފު ކުރާ ފަރާތުގެ ބައިވެރިވުމާއި، އިސްތިއުނާފު ކުރާ ފަރާތުގެ ބޭންކް އެކައުންޓުން ކޮށްފައިވާ މުޢާމަލާތްތައް ހުރިކަން އެނގޭނެ ލިޔެކިޔުން ހުށަހަޅާފައިވާކަމުގައެވެ.

26އެ ނުކުތާއަކީ، ވަގުތީ އަމުރު ނެރުމަށް ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ދެކެވުނު ވާހަކަތަކާއި، ހުށަހެޅުނު ލިޔުންތަކުން އެނގެން ހުރި ކަންކަން ބަޔާންކުރުމުގެ ގޮތުގައި ހިމަނާފައިވާ ނުކުތާއެއް ކަމުގައި ދެކެމެވެ. އެހެނީ، އެ ނުކުތާއާއި، އަދި އެ ނުކުތާގެ ފަހުން 28 ވަނަ ނުކުތާގައި، ވަގުތީ އަމުރުގައި އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވާ ކަންކަމަކީ ކޮބައިކަން ބަޔާންކޮށްދިނުމަށްފަހު، 29 ވަނަ ނުކުތާގައި "އެދިފައިވާ ފަދައިން މި ވަގުތީ އަމުރު ނެރެވިދާނެތޯ ބަލާއިރު އަންނަނިވި ކަންކަން ޝަރީޢަތަށް ފާހަގަކުރެވެއެވެ." މިފަދައިން ބަޔާންކޮށްފައިވުމުން، އަމުރެއް ނެރެދޭންޖެހޭފަދަ ސަބަބތަކެއު އޮތްތޯ ދެނެގަތުމަށް، ކަންކަން ވަޒަންކުރިގޮތް ބަޔާންކޮށްފައިވަނީ، އެ ނުކުތާއަށް ފަހުގައިކަން އެނގެއެވެ. އަދި އެ ނުކުތާއަށްފަހު، މަޢުޟޫޢީ ދަޢުވާގައި މިލްކުވެރިކަން ޙައްޤުވާކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވާ 4 މުދާ ކަމުގައިވާ 1. އައިލްސް ފްލެޓް 2. ޕްލެޓިނަލް ފްލެޓް 3. .......................، އަދި 4. ޓޮޔޯޓާ ވިޓްޒް ކާރު ހިމެނޭގޮތުން މިއިން ކޮންމެ މުދަލަކާއި ގުޅޭގޮތުން އަމުރާމެދު ގޮތް ނިންމުމުގައި ވަޒަންކުރި ކަންކަން، އަދި އަމުރާމެދު ގޮތް ނިންމުމުގައި ރިޢާޔަތްކުރި ކަންކަން ވަކިވަކި މަޢުޟޫޢުތަކެއްގައި ބަޔާންކޮށްފައިވެއެވެ.

27އެގޮތުން ވަކި ވަކި މަޢޟޫޢުތަކުގައި އެ މުދާތަކާއި ގުޅިގެން، އެދިފައިވާ ފަދައިން އަމުރެއް ނެރުމާމެދު ފެންނަގޮތް ބަޔާންކޮށްފައިވާއިރު، އެކަންކަމުން ޖުމްލަގޮތެއްގައި އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

1) އައިލްސް ފްލެޓާއި ޕްލެޓިނަމް ފްލެޓް

1. މި ދެ ފްލެޓް ކުއްޔަށްދީގެން ލިބޭ ފައިސާއިން އެއްވެސް މިންވަރެއް، މީގެ ފަހުން ނުދިނުމުގެ އިހްތިމާލު އޮތްކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވުމާއި، އަދި

2. ދެމީހުންގެ ދޮށީ ދަރިފުޅު ބަލަހައްޓަމުންދާ ގޮތާމެދު އޮތް ކަންބޮޑުވުންތަކާއި، އިތުރު ދަރިއެއް ރާއްޖެއިން ބޭރުގައި ކިޔަވަން ހުންނައިރު، އިސްތިއުނާފު ރައްދުވާ ފަރާތަށް ކުލީގެ ގޮތުގައި ލިބޭ ފައިސާއިން -/20،000 (ވިހި ހާސް) ރުފިޔާ އެކުއްޖާގެ އެކައުންޓަށް ޖަމާކުރަމުންދާކަމަށ ދެފަރާތުން ބުނެފައިވުމާއި، އެ ފައިސާއަކީ ކިޔެވުމުގެ ކަންކަމަށް ކުރަންޖެހޭ ޚަރަދުތަކާ އެކަށޭނެ ޢަދަދަކަށް ނުވާކަމަށްބުނެފައިވީނަމަވެސް، މިކަންކަމަކީ، ހުށަހެޅިފައިވާ ވަގުތީ އަމުރުގެ މައްސަލައިގެ ތެރެއިން ފަރުވާލިބިދެވިދާނެ ކަމެއްކަމުގައި ނުދެކޭކަމަށާއި، އަދި މި ދެ ފްލެޓަކީ، އިސްތިއުނާފު ރައްދުވާ ފަރތުގާ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މުދަލަށްވާއިރު، މިލްކުވެރިކަމާމެދު ސުވާލު އުފައްދައި، މައްސަލައެއް ހުށަހަޅާފައިނުވާއިރު، މި މުދަލުން ލިބޭ ކުލީގެ މައްޗަށް އަމުރެއް ނެރެދެވޭނެ ޤާނޫނީ ހަމައެއް އޮތްކަމަށް ނުދެކޭކަމަށް ބަޔާންކޮށްފައިވެއެވެ.

2) .................... އަދި ...................... ގޯތި

1. މި ޚުޞޫމަތު އޮތް، .........ގައި ހުރި ބިންބިމާއި، ނުއުފުލޭ މުދަލުގެ މައްސަލަތައް ބެލުމުގެ އިޚްޠިޞާޞ ސިވިލް ކޯޓަށް ލިބިގެންވާކަމުގައި ނުދެކޭކަމަށް ބަޔާންކޮށްފައިވެއެވެ.

3) ޓޮޔޯޓާ ވިޓްޒް ކާރު

1. އެކާރަކީ، އިސްތިއުނާފު ކުރާ ފަރާތުގެ ނަމުގައި އޮތް ކާރެއް ވިއްކާލައިގެން، އެފައިސާއަށް ގަނެފައިވާ ކާރެއްކަމުގައި ބުނެފައިވާއިރު، އެއީ އަމިއްލަ ފައިސާއާއި، އަދި ރަހުމަތްތެރިއެއްގެ ނަމުގައި ބޭންކް އޮފް ސިލޯންއިން ނަގާފައިވާ ލޯނުގެ ފައިސާއިން ގަނެފައިވާ ކާރެއްކަމަށާއި، ކާރުގެ ރަޖިސްޓްރީ އޮތީ، ބޭންކް އޮފް ސިލޯންގެ ވައްޓަލަ ބްރާންޗްގައި ކަމަށާއި، އެކާރުގެ މައްސަލައެއް ބެލުމުގެ އިޚްޠިޞާޞް ދިވެހިރާއްޖޭގެ ކޯޓަކަށް ނޯންނާނެކަމަށާއި، އަދި އިސްތިއުނާފު ކުރާ ފަރާތުގެ ނަމުގައި އޮތް ކާރަކީވެސް އިސްތިއުނާފު ރައްދުވާ ފަރާތުގެ ފައިސާއިންގަނ އިސްތިއުނާފެ ކުރު ފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކާރެއްކަމަށް އިސްތިއުނާފު ރައްދުވާފަރާތުން ބުނެފައިވާކަމަށާއި،

28HN7ހުށަހެޅިފައިވާ މަޢުޟޫޢީ މައްސަލައަކީ، މުދަލުގެ މިލްކުވެރިކަން އޮތީ ކާކުގެ މައްޗަށްތޯ ކަނޑައެޅުމަށް ހުށަހެޅިފައިވާ މައްސަލައަކަށްވާއިރު، އެ މުދާ ނުވަތަ މުދަލުގެ އަގު ކަމުގައިވިޔަސް މިލްކުވެގެންވާ ފަރާތެއް ކަނޑައެޅިގެންދާނީ، މަޢުޟޫޢީ މައްސަލަ ބަލައި ގޮތެއް ކަނޑައެޅިގެން ކަމުގައިވާތީ، މި މުޢާމަލާތުތަކާ ގުޅިގެން، އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވާ ފަދަ އަމުރެއް މިހިނދުގައި ނެރެދެވޭނެފަދ ޤާނޫނަ ބިނާއެއް އޮތްކަމުގައި ނުފެންނަކަމަށް ބަޔާންކޮށްފައިވެއެވެ. ބަހުސްގެ ބޭނމަށު މަޢުޟޫޢީ ޙައްޤެއް އަދި ސިފަތު އޮތްކަން ސާބިތުވާކަމަށް ސިވިލް ކޯޓުގެ ނިންމުމުން އެނގެން އޮތްކަމަށް ބެލުން:

29HN5ބަހުސްގެ ބޭނމަށު މަޢުޟޫޢީ ޙައްޤެއް އަދި ސިފަތު އޮތްކަން ސާބިތުވާކަމަށް ސިވިލް ކޯޓުގެ ނިންމުމުން އެނގެން އޮތްކަމަށް ބެލިނަމަވެސް، އެ ނިންމުމުގައި، ވަގުތީ ފަރުވާގެ ފިޔަވަޅެއް ނާޅައިފިނަމަ، ގެއްލުންތަކެއް ލިބުމުގެ އިހްތިމާލު އޮތްކަމަށްބުނެ ހުށަހޅެ ގެއްލުންތައް ކުރިމަތިވެދާނެ ޢަމަލުތަކެއް އިސްތިއުނާފު ރައްދުވާ ފަރާތުން މިވަގުތު ކުރަމުންގެންދާކަނ އެނގެން ނެތުމުން، ހުށަހަޅާފައިވާ މަޢުޟޫޢީ ދައުވާގައި ގޮތެއް ކަނޑައެޅިގެންދާއިރު އެ ދަޢުވާގެ ބޭނުން ކެނޑިގެން ހިނގައިދާނެފަދަ ހާލަތެއް، ނުވަތަ އިޢާދަނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެފަދަ ހާލަތެއް މިހިނދަށް އޮތްކަން އެނގެން ނެތު މުން، ވަގުތީ އަމުރެއް ނެރުމުގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ފުރިހަމަނުވާކަމަށް ބަޔާންކޮށްފައިވުމުން، ވަގުތީ އަމުރެއް ނެރެންޖެހޭ ފަދަ ސަބަބެއް މިހިނދަށް އޮތްކަމުގައި ނުފެންނަކަމަށް ކަނޑައަޅާފައިވާކަން އެނގެއެވެ.

30އެހެންކަމުން، އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން، "ޢިޢާދަނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެފަދަ ޙާލަތުގެ ޝަރުތު ފުރިހަމަވީއިރުވެސް، ވަގުތީ އަމުރު ނުނެރެދިނީ" ކަމުގައި ބެލެވެން އޮތްކަމުގައި ނުދެކެމެވެ. އެހެނީ، ގެއްލުމެއް ކުރިމަތިވެދާނެފަދަ ހާލަތެއް މިހިނދަށް އޮތްކަން އެނގެންނެތްކަމަށ ސިވިލް ކޯޓުގް ނިންމުމުގައި ކަނޑައަޅާފައިވާތީއެވެ. ޢިޢާދަނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެފަދަ ޙާލަތެއް ފެންނާންއޮތްތޯ ބެލުން:

31HN6އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފްސީލުގައި، އިސްތިއުނާފު ކުރާ ފަރާތަށް ލިބިދާނެކަމަށް ބެލެވޭ ގެއްލުމެއްކަމުގައި ބަޔާންކޮށްފައިވަނީ، މަޢުޟޫޢީ މައްސަލައިގައި އެދިފައިވާ ފަދައިން، މުދާތައް އެއްކޮށް ނުވަތަ މުދަލުން ބައެއްނަމަވެސް، އިސްތިއުނާފު ކުރާ ފަރާތަށް ލިބޭނެކަމަށް ކޯޓުން ޙުކުމްކުރާ ހާލަތެއްގައި، އިސްތިއުނާފު ކުރާ ފަރާތުން ތަހައްމަލުކުރަންޖެހޭ ތަކުލީފު ކުޑަކުރުންކަމުގައެވެ. އަދި އެ މުދަލުން ލިބުނު ޢާމްދަނ އިސްތިއުނާފީ ކުރު ފަރާތަށް ދޭންޖެހޭކަމަށް ކޯޓުން ޙުކުމްކޮށްފިނަމަ، އެފައިސާ ހޯދުމަކީ ބޮޑު ތަކުލީފަކަށް ވާނެތީކަމުގައެވެ.

32އެހެންނަމަވެސް، ބަޔާންކުރެވުނު ކަންކަމަކީ، އެކަމުގައި އުފުލަންޖެހިދާނެ ތަކުލީފު ކުޑަކުރުމުގެ ގޮތުން އެޅުމަށް އެދިފައިވާ ފިޔަވަޅެއްކަމުގައި ވާއިރު، އެފަދަ ތަކުލީފުތަކަކީ، އިޢާދަނުކުރެވޭނެ ގެއްލުމެއްކަމަށް ބެލެވޭނެގޮތެއް އިސްތިއުނާފު ކުރާ ފަރާތުން މި މައްސަލާގައި ސާފުކޮށްދެވިފައިވާކަމުގައި ނުދެކެމެވެ. މަޢުޟޫޢީ ޙައްޤު އެކީއެކަށް ގެއްލިދާނެ ހާލަތުގައި، ވަގުތީ އަމުރު ނެރުމުގައި، އިއާދަނުކުރެވޭ ގެއްލުމެއް ވޭތޯ ކޮންމެހެން ބަލަން ނުޖެހޭ" ކަމަށް ބުނާބުނުން: މަޢުޟޫޢީ ޙައްޤު އެކީއެކަށް ގެއްލިދާނެ ހާލަތެއް އޮތްކަމަށް ސިވިލް ކޯޓުގެ ނިންމުމުގައި ކަނޑައަޅާފައިވޭތޯ ބެލުން:

33"ހުށަހަޅާފައިވާ މަޢުޟޫޢީ ދައުވާގައި ގޮތެއް ކަނޑައެޅިގެންދާއިރު އެ ދަޢުވާގެ ބޭނުން ކެނޑިގެން ހިނގައިދާނެފަދަ ހާލަތެއް" މިހިނދަށް އޮތްކަން އެނގެން ނެތްކަމަށް ސިވިލް ކޯޓުގެ ނިންމުމުގައި ކަނޑައަޅާފައިވުމުން، އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްފައިވާ "މަޢުޟޫޢީ ޙައްޤު އެކީއެކަށް ގެއްލިދާނެ ހާލަތު" މި މައްސަލާގައި ނެތްކަމަށް ސިވިލް ކޯޓުގެ ނިންމުމުގައި ބުރަވެފައިވާކަން އެނގެން އޮވެއެވެ. މަޢުޟޫޢީ ޙައްޤު އެކީ އެކަށް ގެއްލިދާނެ ހާލަތެއް އޮތްތޯ ދެނެގަތުން:

34މައުޟޫޢީ މައްސަލާގައި ހޯދުމަށް އެދިފައިވާ މުދަލަކީ، ކައިވެނިކޮށްގެން އުޅުނުއިރު އެއްކުރެވުނު ހުރިހާ މުދަލެއްކަމުގައި ވެފައި، އެ މުދާތަކަށް އިސްތިއުނާފު ރައްދުވާ ފަރާތުން ވެރިވެގަނެފައިވާކަމުގައި އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްފައިވެއެވެ.

35އެހެންނަމަވެސް، މިއީ މަޢުޟޫޢީ މައްސަލާގައި، ހުށަހެޅިފައިވާ ކަންކަމާއި، ދެކެވޭ ވާހަކަތަކާއި، ހެކި ވަޒަންކޮށްގެން މެނުވީ ގޮތެއް ކަނޑައެޅިދާނެ ނުކުތާއެއްކަމުގައިނުވާއިރު، ބަޔާންކުރެވުނު ތަފްސީލަށް ބަލާއިރު، މަޢުޟޫޢީ ޙައްޤު އެކީއެކަށް ގެއްލިގެންދާފަދަ ހާލަތެއް މިހިނދަށް ބަޔާންކޮށްދެވިފައިވާކަމުގައި

36އެގޮތުން، ވަގުތީ ފަރުވާގެ ފިޔަވަޅެއް ނާޅައިފިނަމަ، ގެއްލުންތަކެއް ލިބުމުގެ އިހްތިމާލު އޮތްކަމަށްބުނެ ހުށަހަޅި ގެއްލުންތައް ކުރިމަތިވެދާނެ ޢަމަލުތަކެއް އިސްތިއުނާފު ރައްދުވާ ފަރާތުން މިވަގުތު ކުރަމުންގެންދާކަނ އެނގެން ނެތުމުން، ހުށަހަޅާފައިވާ މަޢުޟޫޢީ ދައުވާގައި ގޮތެއް ކަނޑައެޅިގެންދާއިރު އެ ދަޢުވާގެ ބޭނުން ކެނޑިގެން ހިނގައިދާނެފަދަ ހާލަތެއް، ނުވަތަ އިޢާދަނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެފަދަ ހާލަތެއް މިހިނދަށް އޮތްކަން އެނގެން ނެތުމުން، ވަގުތީ އަމުރެއް ނެރުމުގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ފުރިހަމަނުވާކަމަށް ސިވިލް ކޯޓުގެ ނިންމުމުގައި ކަނޑައަޅާފައިވަނީ ރަނގަޅަށްކަމުގައި ދެކެމެވެ.

37އެހެންކަމުން، ފުރަތަމަ އިސްތިއުނާފީ ނުކުތާގައި، ބަޔާންކޮށްފައިވާ ފަދައިން، އިޢާދަނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެފަދަ ހާލަތެއް ފުރިހަމަވާކަމަށް ސިވިލް ކޯޓުގެ ނިންމުމުގައި ކަނޑައަޅާފައިނުވާއިރު، ވަގުތީ އަމުރު ނުނެރުމަށް ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާއާ ޚިލާފަށްކަމުގައި

38HN8ހަމައެފަދައިން، ދެވަނަ އިސްތިއުނާފީ ނުކުތާގައި ބަޔާންކޮށްފައިވާ، މަޢުޟޫޢީ ޙައްޤު އެކީއެކަށް ގެއްލިދާނެ ހާލަތު މި މައްސަލާގައި އޮތްކަމަށް ސިވިލް ކޯޓުގެ ނިންމުމުގައި ކަނޑައަޅާފައިނުވާއިރު، އެފަދަ ހާލަތެއް އޮތްކަމުގެ މައްޗަށް ބުރަވެވޭ ހާލަތެއްގައި، އިޢާދަނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެފަދަ ހާލަތެއް އޮތްތޯ ކޮންމެހެން ބަލަން ނުޖެހޭކަމަށް ބަޔާންކޮށްފައިވާ، ދިވެހިރާއްޖޭގެ ހައިކޯޓުގެ، މާހަލް ޓުއާސް ވ. ސޭވް ދަ ޑްރީމް ޤަޟިއްޔާއަށް ސިވިލް ކޯޓުގެ ނިންމުމުގައި ރިޢާޔަތް ކޮށްފައިނެތުމަކީ، ޤާނޫނީ ގޯހެއްކަމުގައި ނުދެކެމެވެ. ސިވިލް ކޯޓުގެ "ވަގުތީއަމުރާމެދު ނިންމިގޮތް" އަށް ވާސިލުވުމުގައި، އޮޅުމެއް އަރާފައިވާކަމަށް ބުނާބުނުން:

39އިސްތިއުނާފީ ތިންވަނަ ނުކުތާއަށް ބަލާއިރު، ސިވިލް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާ ކަމަކުން، ވަގުތީ އަމުރަށް އެދުނު މައްސަލައިގެ ޖައުހަރީ ހަޤީޤަތް އޮޅިފައިވާކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްފައިވެއެވެ. އެގޮތުން ޖުމްލަ ގޮތެއްގައި އެނގެން އޮތީ، އިސްތިއުނާފު ކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ދަރިއެއް ރާއްޖެއިން ބޭރުގައި ކިޔަވަމުންދާއިރު، އެދަރިއަށް އިސްތިއުނާފު ރައްދުވާ ފަރާތުން ފޮނުވާކަމަށ ދެފަރާތުން ސިވިލް ކޯޓުގައި ބުނެފައިވާކަމަށް، ސިވިލް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާ -0/20,00 (ވިހިހާސް) ރުފިޔާއަކީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ ކޮން މުދަލެއް ކުއްޔަށްދީގެން ލިބޭ ފައިސާއެއްތޯއާމެދ އޮތު ސުވާލެވެ.

40އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްފައިވަނީ، އެ ފައިސާއަކީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ ............ ކިޔާ ގޭގެ ކުލިން ލިބޭ ފައިސާކަމުގައެވެ. އަދި އެއީ، މި މައްސަލައާގުޅޭ މަޢުޟޫޢީ މައްސަލައިގައި ހިމެނޭ 2 (ދޭއް) ފްލެޓުނ ލިބް ފައިސާއެއް ނޫންކަމުގައެވެ. އަދި އެއީ މި މައްސަލާގައި ހިމެނޭ ދެ ފްލެޓުނ ލިބް ފައިސާކަމަށް ސިވިލް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވނީ، ފަނޑިޔާރަށަ އަރާފައިވާ އޮޅުމަކުން ކަމުގައެވެ.

41އެހެންނަމަވެސް، އިސްތިއުނާފު ރައްދުވާ ފަރާތުން، -20,000/ (ވިހި ހާސް) ރުފިޔާ ދެމުންދާކަމާމެދު ސުވާލެއް ނެތްއިރު، އަދި އެފަދައިން ފައިސާ ފޮނުވާކަމަށް އިސްތިއުނާފު ކުރާ ފަރާތުން ސިވިލް ކޯޓުގައި ބުނެފައިވާކަން އެނގެން އޮންނައިރު، އެއީ، ވަކި ފްލެޓަކުނ ނުވަތް ވަކި ފްލެޓތަކުނ ލިބް ފައިސާތޯ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/91 ޤަޟިއްޔާ ނުވަތަ އެހެން މުދަލަކުން ލިބޭ ކުލީގެ މިންވަރެއް އޭގައި ހިމެނޭތޯ ބެލުން މުހިންމުވަނީ ކީއްވެކަން، އިސްތިއުނާފު ކުރާ ފަރާތުން ހައިކޯޓުގައި ބަޔާންކޮށްދީފައިނުވެއެވެ.

42ސިވިލް ކޯޓުގެ ނިންމުމަށް ބަލާއިރުވެސް، އެ ފައިސާއާ ގުޅޭ ގޮތުން ބަޔާންކޮށްފައިވަނީ، "..............އަށް ކުލީގެ ގޮތުގައި ލިބޭ ފައިސާގެ ތެރެއިން -20,000/ (ވިހި ހާސް) ރުފިޔާ ސީދާ އެ ދަރިފުޅުގެ އެކައުންޓަށް ޖަމާކުރަމުންދާކަމަށ ދެފަރާތުންވެސް ބުނެފައިވޭ" މިފަދައިންނެވެ.

43HN9މިއީ، ވަކި މުދަލެއް ކުއްޔަށްދީގެން ލިބޭ ފައިސާއަކަށްވުން މުހިންމުވާ ސަބަބެއް އަދި މިކަމުގެ ސަބަބުން، ވަގުތީ އަމުރާމެދު ނިންމި ނިންމުމުގެ ނަތީޖާއަށް ކޮށްފައިވާ އަސަރަކީ ކޮބައިކަން އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްދީފައިނުވާއިރު، މިއީ އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްފައިވާފަދަ އޮޅުމެއްކަމުގައި ބެލިނަމަވެސް، އެކަމުގެ ސަބަބުން ނިކުތް ގޯސް ނުވަތަ ނުރަނގަޅު ޤާނޫނީ ނަތީޖާއަކީ ކޮބައިކަން އަދި އެ ނުކުތާގެ އަލީގައި ސިވިލް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާ ކަމަކީ ނުވަތަ ވާސިލުވި ނަތީޖާއަކީ ކޮބައިކަން އެނގެ ން ނެތްއިރު، މިނުކުތާގެ މައްޗަށް ގޮތެއް ކަނޑައަޅަންޖެހޭކަމަށް .............ގޯއްޗާގުޅޭ ކަންކަން ނިންމުމުގެ އިޚްޠިޞާޞް ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަނަށް ލިބިގެންނުވާ ކަމުގައި ސިވިލް ކޯޓުގެ ނިންމުމުގައި ކަނޑައަޅާފައިވުން:

44HN10އިސްތިއުނާފީ ހަތަރުވަނަ ނުކުތާއަކީ، ................ ކިޔާ ގޯތީގެ ކަންކަމުގެ އިޚްތިޞާޞް ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަނަށް ލިބިގެންވާކަމުގެ މައްޗަށް ހުށަހަޅާފައިވާ ނުކުތާއަކަށްވާއިރު، އެއީ އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ކޮންމެހެން ބާއްވަން ބޭނުންވާ ނުކުތާއެއް ނޫންކަމަށާއި، އަދި އިސްތިއުނާފީ މައްސަލައިގައި، މައްސަލަ ނިންމައިދިނުމަށް އެދޭގޮތުގައި ހިމެނޭ، އިޚްތިޞާޞާގުޅޭ ނުކުތާވެސް އުނިކުރުމަށް އެދޭކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވާހިނދު، މިއީ މި މައްސަލައިގެ ތެރެއިން މިހާރު ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއްކަމުގައި ނުދެކެމެވެ. ނިންމަން ފެންނަގޮތް:

45މަތީގައި ބަޔާންވެދިޔަ ކަންކަމަށް ރިޢާޔަތްކޮށް، ސިވިލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ނުވަތަ އެ ނިންމުން ބާތިލުކުރަންޖެހޭފަދަ ސަބަބެއް ނެތްކަމަށް ކަނޑައެޅުމާއެކު، އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވާ ފަދައިން، މިކޯޓުން އަމުރެއް ނެރެދެވެން ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔް

46ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު

47ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

48މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ . ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފއަ އޮންނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. . މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. . މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ހ)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ