ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2024/HC-A/168

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ވ. އަޙްމަދު އިސްމާޢީލް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިޚިލާފު ރައުޔެއް
ސުޕްރީމް ކޯޓަށް އިސްތިއުނާފުގެ ހުއްދައަށް އެދި ހުށަހަޅާފައި (2026/SC-L/65)ޙުކުމުގެ ހާލަތު
ހައިކޯޓު · 12 އޮގަސްޓް 2026ދަށު ކޯޓު: ވަޒީފާއާބެހޭ ޓްރައިބިއުނަލް 200-VTR/VA/2024/25ބާވަތް: ވަޒީފާއާބެހޭ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ވަޒީފާއާބެހޭ ޓްރައިބިއުނަލް 200-VTR/VA/2024/25
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ވަޒީފާގެ ހައިސިއްޔަތުން މުވައްޒަފަށް ލިބުނު ފްލެޓް ގަތުމުގެ ފުރުޞަތު ހިމާޔަތްކުރުމަށް ވަގުތީ އަމުރު ނެރުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވޭތޯ، ވަގުތީ އަމުރު ނެރުމުގައި ނެކްސްބިޒް ޝަރުޠުތަކާއި clean hands doctrine، balance of convenience އަދި ޔަޤީންކަށަވަރުކަމާ ގުޅޭ އުޞޫލުތަކަށް ރިޢާޔަތްކޮށްފައިވޭތޯ، އަދި އިސްތިއުނާފީ މަރުޙަލާގެ ޝަރީޢަތުގެ ޚަރަދު ނަގައިދެވޭނެތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ޓްރައިބިއުނަލުގެ ވަގުތީ އަމުރު ޤާއިމް؛ އިސްތިއުނާފުގެ ޚަރަދު ހޯދުމުގެ ޙައްޤު އިސްތިއުނާފު ރައްދުވި ފަރާތަށް (2-1 ގެ އަޣުލަބިއްޔަތުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ކޯޓަކަށް ނުވަތަ ޓްރައިބިއުނަލަކަށް މައްސަލައެއް ބެލުމުގެ (ވަގުތީ އަމުރާމެދު ގޮތްނިންމުމުގެވެސް) އިޚްތިޞާޞް ލިބޭތޯ ބިނާވާނީ މައުޟޫޢީ މައްސަލަ ފަރުމާކުރެވިފައިވާ ގޮތަށެވެ؛ ވަގުތީ އަމުރުގެ އިޚްތިޞާޞް ބިނާވަނީ ހުށަހެޅިފައިވާ މައްސަލައިގެ މައުޟޫޢުގެ މައްޗަށެވެ.

HN2 އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރުމާ ގުޅިގެން ހުށަހަޅާ މައްސަލައެއްގައި، ވަޒީފާގެ ގުޅުމުގެ ސަބަބުން މުވައްޒަފަށް ލިބުނު ފުރުޞަތުތަކާއި މަންފާ (ފްލެޓް ގަތުމުގެ ފުރުޞަތު ފަދަ) މައުޟޫޢާއި އެދޭ ފަރުވާގެ ތެރޭގައި ހިމެނޭނަމަ، އެއީ ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 1 ގައިވާ 'މުދަލާއި ގޯތިގެދޮރާބެހޭ' މައްސަލައެއް ނޫނެވެ؛ އެ މަންފާ ރައްކާތެރިކުރުމަށް ވަގުތީ އަމުރު ނެރުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29 (ހ)(1) އާއި ޓްރައިބިއުނަލްގެ ގަވާއިދުގެ 13، 16، 105 ވަނަ މާއްދާގެ ދަށުން ޓްރައިބިއުނަލަށް ލިބިގެންވާ ބާރެކެވެ.

HN3 ވަގުތީ އަމުރެއް ނެރުމަށް ނެކްސްބިޒް ޤަޟިއްޔާގެ ޝަރުޠުތައް ފުރިހަމަވާންޖެހޭއިރު، ޤާނޫނީ ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު (fumus boni juris) ބަލާނީ މައުޟޫޢަށް ނުފީނައި، ޕްރައިމާ ފޭޝީ މިންގަނޑުން، ޖުމްލަ ހެއްކަށް ރިޢާޔަތްކޮށް، ކޮންމެ މައްސަލައެއް ވަކިން ވަޒަންކޮށްގެންނެވެ.

HN4 ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ވަކިކުރުމުގެ ސަބަބު ސާބިތުކުރުމުގެ ބުރަ ވަޒީފާދޭ ފަރާތުގެ މައްޗަށް އޮންނާތީ، ވަޒީފާއިން ވަކިކުރުމުގެ މައްސަލަތަކުގައި މުވައްޒަފަށް ދަޢުވާ ކާމިޔާބުވުމުގެ އިޙްތިމާލު އޮތްކަމަށް ބެލުމަކީ ފުރަތަމަ ވަގުތީ އަމުރުގައި ޓްރައިބިއުނަލުން ކަނޑައެޅި ގޮތެވެ؛ އިސްތިއުނާފުނުކުރެވި އޮތް ފުރަތަމަ އަމުރާއި އެއިން ފެށިގެން އުފެދުނު އަމުރުތައް އެއް ރޮއްޖެއްގެ ގޮތުގައި ކިޔަންވާނެއެވެ.

HN5 ޤާނޫނުއަސާސީގެ 143 (ރ)ގެ ދަށުން ތަބާވާން ލާޒިމުވަނީ މަތީ ކޯޓުގެ ނިންމުމެއްގެ ratio decidendi / ޤާނޫނީ އުޞޫލަށެވެ؛ ތަފާތުވި ރައުޔެއްގައިވާ ބަޔާނަކަށް ތަބާވުން ލާޒިމެއް ނޫނެވެ.

HN6 clean hands doctrine ގެ ދަށުން، އަމުރަށް އެދޭ ފަރާތް ސާފު އަތަކައިގެން އައިސްފައިވަނީތޯ ނިންމޭނީ އެއްބަސްވުމުގެ ޒިންމާތަކާއި ޝަރުޠުތަކާ އެއްގޮތަށް އެ ފަރާތުން ޢަމަލުކުރަމުންދާތޯ ސާފުވެގެންނެވެ (2025/SC-A/44)؛ މައުޟޫޢަށް ނުފީނައި ފާޅުވާ ޙަޤީޤަތްތަކުން އެކަން ކަށަވަރު ނުވާނަމަ، ވަގުތީ އަމުރަށް އަސަރުކުރާ ޙާލަތެއް ނޯވެއެވެ.

HN7 ވަގުތީ އަމުރު ނެރުމުން ލިބިދާނެ ގެއްލުމަށް ޔަޤީންކަށަވަރުކަމެއް (undertaking/security) ހޯދުމަށް އެދޭ ފަރާތުން ލިބިދާނެ ގެއްލުމާއި ބެހެއްޓުމަށް އެދޭ މިންވަރާއި އިޖުރާއަތު ބަޔާންކޮށްދޭންޖެހެއެވެ؛ ދަށު މަރުޙަލާގައި ނުދައްކާ ވާހަކައެއްގެ މައްޗަށް އިސްތިއުނާފީ މަރުޙަލާގައި ގެއްލުމުގެ ޒިންމާ އަނެއް ފަރާތުގެ މައްޗަށް ނުލެވޭނެއެވެ؛ އަޤުދާ ޚިލާފުވެގެން ލިބޭ ގެއްލުމަށް ވަކި ދަޢުވާއެއްގެ ތެރެއިން ފަރުވާ ހޯދުމަށް ހުރަހެއް ނެތެވެ.

HN8 އެކަށީގެންވާ ފަރުވާއެއްގެ ގޮތުގައި ގެއްލުމުގެ ބަދަލު ދެވޭނަމަ ވަގުތީ އަމުރު ނުނެރެވޭނެއެވެ؛ އެކަމަށް އަމުރަށް އެދޭ ފަރާތުން ދައްކަންޖެހެނީ ބަދަލުން ފޫނުބެއްދޭ (ތަދާރުކު ނުކުރެވޭ) ގެއްލުމެކެވެ. ވަޒީފާއަށް ރުޖޫޢަކުރުމުގެ ފަރުވާ ތަންފީޒުކުރުމަށް ދާއިމީ ހުރަސް އެޅިދާނެ ގެއްލުމަކީ އެފަދަ ގެއްލުމެއް ކަމަށް balance of convenience ގެ މިންގަނޑުން ވަޒަންކުރުމުގައި ގޯހެއް ނެތެވެ.

HN9 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 270 ވަނަ މާއްދާގެ ދަށުން 'costs follow the event' އަކީ އާންމު އުޞޫލެވެ؛ އެއިން ދުރަށް ދެވޭނީ އިސްތިސްނާ ޙާލަތްތަކުގައި، ސަބަބުވެރި އަދި އަދުލުވެރި އުޞޫލެއްގެ ތެރެއިންނެވެ؛ އިސްތިއުނާފުތައް 271 ވަނަ މާއްދާގައި އިސްތިސްނާކޮށްފައި ނުވާތީ، އިސްތިއުނާފީ މަރުޙަލާގައިވެސް ވަކީލުގެ ޚަރަދު ހިމެނޭގޮތަށް ޝަރީޢަތުގެ ޚަރަދު ނަގައިދެވޭނެއެވެ.

HN10 ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވަގުތީ އަމުރެއްގެ އިސްތިއުނާފުގައި ކާމިޔާބުވި ފަރާތަށް ވަކީލު ޚަރަދު ހޯދުމުގެ ޙައްޤު ލިބިގެންވާއިރު، އެ ޚަރަދު ހޯދުމަށް ހުށަހަޅަންވާނީ ސިވިލް ކޯޓަށެވެ؛ ޚަރަދުގެ ލިޔެކިޔުންތައް ވަޒަންކުރާނީ ސިވިލް ކޯޓުގެ މަރުޙަލާގައެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުޒައިފާ މުޙައްމަދު، ޙަސަން ޝަފީޢު، ޢަބްދުއްރައޫފު އިބްރާހީމް
ރިޔާސަތު
ޙުޒައިފާ މުޙައްމަދު
ރައުޔު ލިޔުނު ފަނޑިޔާރު
ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު
ޚިލާފު ރައުޔު
ޢަބްދުއްރައޫފު އިބްރާހީމް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު

މައްސަލައިގެ ތަޢާރަފު

1މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލެ)މީގެ ފަހުން "ވަޒީފާއާބެހޭ ޓްރައިބިއުނަލް" ނުވަތަ "ޓްރައިބިއުނަލް"( ގ ނަންބަރު 6/VTR/2024 މައްސަލައާގުޅިގެން ނިންމާފައިވާ ނަންބަރ 200-VTR/VA/2024/25 )03 ޖުލައި 2024( "ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ގޮތް" ނިންމފައިވަނާ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ އިނިންމުންއިސްތިއުނާފުކުރުމަށް އެދަހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް )ރަޖިސްޓްރީ ނަންބަރ C-0793/2008( )މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް"( ގ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.

2މ ޤަޟިއްޔާގައި އިސްތިއުނާފި ރައްދުވަނީ މާލެ، […] އަޙްމަދު އިސްމާޢީލު)ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރ ( )މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "އަޙްމަދު އިސްމާޢީލް"ގ( މައްޗަށެވެ.

މައްސަލައިގައި ކަންހިނގާފައިވާގޮތް

3ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖަރެއްގެ މަޤާމުގައި އަޙްމަދު އިސްމާޢީލް ވަޒީފާ އަދާކުރަމުންދަނިކޮށް، އަޙްމަދު އިސްމާޢީލް ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި، ކަނޑައެޅިގެން ދޮގު ތުހުމަތުތަކެއްގެ މައްޗަށް، މައުޟޫޢީ އަދުލްވެރިކަމާއި، އިޖުރާއީ އަދުލުވެރިކަނުޤާއިމުކުރުމެއްނެތި، ދިވެހިރާއްޖޭގ ޤާނޫނުއަސާސީ އާއި، ޤާނޫނު ނަންބަރ 2008/2 )ވަޒީފާއާބެހޭ ޤާނޫނު( )މީގެ ފަހުން "ވަޒީފާއާބެހޭ ޤާނޫނު"( އާއި ޤާނޫނު ނަންބަރު 2014/16 )ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު( )މީގެ ފަހުން "ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު"( އާއި ޤާނޫނު ނަންބަރު 2022/11 )ހެއްކާބެހޭ ޤާނޫނު( އާ ޚިލާފަށްކަމަށް ބުނެ އަޙްމަދު އިސްމާޢީލްގެ ފަރާތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނ ލިމިޓެޑްއަށް ރައްދުވާގޮތަށް ވަޒީފާއާބެހް ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅިއެވެ.އ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ބަލަމުންދަނީ އެ ޓްރައިބިއުނަލްގެ ނަންބަރ 6/VTR/2024 މައްސަލައިންނެވެ.

4ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 6/VTR/2024 މައްސަލައިގައި އަޙްމަދު އިސްމާޢީލްގެ ފަރާތުން އެދިފައިވަނެއަޙްމަދު އިސްމާޢީލް ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތްކަމަށާއި، އަޙްމަދު އިސްމާޢީލް ވަޒީފާއިން ވަކިކޮށްފައިވަނީ ސާބިތުނުހިފޭ ތުހުމަތުތަކެއްގ މައްޗަށްކަމަށާއި، އަޙްމަދު އިސްމާޢީލް ވަޒީފާއިން ވަކިކުރުމަށް ހިންގި ތަޙުޤީޤު ހިންގާފައިވަނީ ކުރިއާލައިވަކިގޮތެއ ނިންމައިގެން ތިބެ،ވަކި ފަރާތަކަށްބުރަވެގެންކަމަށާއި، އަޙްމަދު އިސްމާޢީލް ވަޒީފާއިން ވަކިކުރުމަށް ތަޙުޤީޤު ހިންގި ކޮމިޓީއިން އެ ކޮމިޓީއަށް ނުބެލެވޭނެ ނުވަތަ 'ލިމިޓޭޝަން ޕީރިއަޑް' ހަމަވެފައިވާ ތުހުމަތުތަކެއް ބަލާފައިވާކަމަށާއި، އަޙްމަދު އިސްމާޢީލް ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ މައްޟޫޢީ އިންޞާފު ޤާއިމުކުރުމެއްނެތިކަމަށާއި، އަޙްމަދު އިސްމާޢީލް ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އިންޞާފު ޤާއިމުކޮށްފައިނުވާކަމަށާއި، އަޙްމަދު އިސްމާޢީލް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާއާއި ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާއި 23 ވަނަ މާއްދާއާއި، ޤާނޫނުތަކާއި، މިކަމާ ގުޅޭ ކޯޓުގެ ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށާއި، އަޙްމަދު އިސްމާޢީލް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ އެއްބަސްވުމާ ޚިލާފަށްކަމަށް ކަނޑައަޅައި، 20 ނޮވެންބަރު 2023 އިން ފެށިގެން ދޭންޖެހޭ މުސާރަ އަޙްމަދު އިސްމާޢީލްއަށް ދީފައިނުވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައި، އަޙްމަދ އިސްމާޢީލްއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލުމަށް ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ )ހ( ގެ )1( ވަނަ ނަންބަރުގެ ދަށުން ކަނޑައަޅައި، އަޙްމަދު އިސްމާޢީލް އަދާކުރަމުންދިޔަ ވަޒީފާގެ ސަބަބުން ގަތުމުގެ ފުރުޞަތު އަޙްމަދު އޭސްމާޢީލްއަށ ލިބިދިން އަދި އަޙްމަދު އިސްމާޢީލްގެ ފަރާތުން އެތަން ގަތުމުގެ ފުރުޞަތު ކާމިޔާބުކޮށްފައިވާ އެސް.ޖ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން އިމާރާތްކުރަމުންދާ 'ކްރިކް ރެސިޑެންސް' ގެ ޔުނިޓް 2F-A7 ގަތުމުގެ ފުރުޞަތު 20 ޑިސެންބަރު 2023 އ ހަމައަށް މުވައްޒަފަށް ލިބިދީފައި އޮތް އަދި ލިބެމުންދިޔަ އެންމެހައި ފުރުޞަތުތަކާއްއިނާޔަތާތަކާއެކ އަޙްމަދު އިސްމާޢީލް ހުރި މަޤާމަށް ރުޖޫޢަކުރުމަށް ކަނޑައަޅައި، އިންޞާފުވެރި ބަދަލެއްގެ ގޮތުގައި ވަޒީފްއިއާދިކުރ ތާރީޚާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތިތައ ދޭންޖެހޭކަމަށް ކަނޑައަޅައި، ސަބަބެއް އަދި އަސާސެއް ނެތް މުސާރަ ހިފެހެއްޓުމުން އަސާސީ ޙައްޤަކަށް އަރައިގަނެފައިވާތީ 'އެގްރެވޭޓެޑް' އަދި 'ޕިއުނިޓިވް' ޑެމޭޖަސް ނަގައދަމައްސަލަ ނިންމައިދިނުމަށާއި، އަދި ވަޒީފާ އިއާދިކޮށްނުދޭނަމަ، ޢަދުލުވެރި ބަދަލެއް މިންކޮށް، ޢަދުލުވެރި ބަދަލެއް ދިނުމަށް ކަނޑައަޅައި، ޢަދުލުވެރި ބަދަލެއް ކަނޑައެޅުމުގައި އަޙްމަދު އިސްމާޢީލް ވަޒީފާއިން ވަކިކުރުމުން އަޙްމަދު އިސްމާޢީލްއަށް ލިބިފައިވާ ފްލެޓް ގެއްލިދާނެކަމަށް ރިޢާޔަތްކޮށް، ސަބަބެއް އަދި އަސާސެއް ނެތި މުސްރަ ހިފެހެއްޓުމުން އަސާސީ ޙައްޤަކަށް އަރައިގަނެފައިވާތީ 'އެގްރަވޭޓެޑް' އަދި 'ޕިއުނިޓިވް' ޑެމޭޖަސް ނަގައިދޭ މައްސަލަ ނިންމައިދިނުމަށެވެ.

5އަޙްމަދު އިސްމާޢީލް ވަޒީފާއިން ވަކިކޮށްފައިވަނީ 20 ޑިސެންބަރު 2023 ގައި ކަމަށާއި، ވަޒީފާއިން ވަކިކުރެވޭ ސަބަބެއްގެ ގޮތުގައި ޖިންސީ ފުރައްސާރައާއި ގޯނާކުރުމާ ގުޅިގެންކަމުގައ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު VTR/VA/2024/25-200 )03 ޖުލައި 2024 ( "ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ގޮތް" ގ 2 ވަނަ ނކުތ ބަޔާންކޮށްފައިވާކަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަންބަރު HDC-317/TE/2023 ) 20 ޑިސެންބަރު 2023( ވަޒީފާއިން ވަކިކރު ލިޔުމުން އެނގެން އޮވެއެވެ.

6އަޙްމަދު އިސްމާޢީލްގެ ފަރާތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ރައްދުވާގޮތަށް ވަޒީފާއާބެހް ޓްރައިބިއުލއަށ ހުށަހަޅާފައިވާ ނަންބަރު 6/VTR/2024 މައްސަލައިގައި މައުޟޫއީގޮތުން ގޮތެއް ކަނޑައެޅުމުގެ ކުރިން، އަޙްމަދު އިސްމާޢީލް އަދާކުރަމުންދިޔަ މޤމަށް ދާއިމީ މުވައްޒަފަކު ނަގައިފިނަމަ، ވަޒީފާއިން ވަކިކޮށްގެން ހުށަހެޅޭ މައްސަލައެއްގެ މައިގަނޑު ޙައްލުކަމުގައިވ ވަޒީފާ އިއާދަކުރުމުގެ ފުރުޞަތު ގެއްލި، ވަޒީފާއާބެހްޓްރައިބިއުނަލު ނ ނިންމެ ނިންމުނާ ތަންފީޒުނުކުރެވމުގެ ފުރުޞަތު އޮތްކަމަށް ބުނެ، އަދި އެފަދައިން އެކަން ހިނގައިފިނަމަ އަޙްމަދު އިސްމާޢީލްއަށް ޤާނޫނުއަސާސީގެ 37 ވަނަ މާއްދާއިން ލިބިފައިވާ އަސާސީ ޙައްޤުން އެއްކޮށް މަހެ ރޫމުވ ގެންދާނެކަމަށް ބުނެ، ވަޒީފާއާބެހޭ ޓްރައިބިއުލްގެ ނަންބަރ 6/VTR/2024 މައްސަލައިގައް ވަކި ގޮތެއް ކަނޑައަޅަންދެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ރިއަލ އެސްޓޭޓް މެނޭޖްމަންޓް ޑިވިޝަންގެ، ރިއަލ އެސްޓޭޓް ލީގަލް ސެކްޝަންގެ މެނޭޖަރ، ލީގަލް ސަރވިސަސްގެ މޭ ޤްމަށް ދާއިމީ މުވައްޒަފަކު ނުނެގުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އަޙްމަދު އިސްމާޢީލްގެ ފަރާތުނ އެދުނެވެ. އަދި އަޙްމަދު އިސްމާޢީލް އެދުނު ފަދަ އަމުރެއް )މީގެ ފަހުން "ފުރަތަމަ އަމުރު" ނުވަތަ "08 ފެބުރުވަރީ 2024 ގެ އަމުރު"( ވަޒީފާއާބެހޭ ޓްރައިބިއުނަލުން 08 ފެބުރުވަރީ 2024 ގައި ނެރެދީފައިވެއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު VTR/VA/2024/25-200 )03 ޖުލައި 2024( "ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ގޮތް"

7ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން 08 ފެބުރުވަރީ 2024 ގެ އަމުރު ނެރުނުފަހުން، 09 ފެބުރުވަރީ 2024 ގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން އަޙްމަދު އިސްމާޢީލްއަށް ސިޓއެއާފޮނުވާފައިވާކަމަށްއި، އެ ސިޓީގައިވަނީ ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުނ ހިންގަމުންދާ މިކްސްޑ- ރެސިޑެންޝަލް ޕްރޮޖެކްޓުތަކުން އެޕާރޓްމަންޓްތައް ހައުސިންގ ޑިވެލޮޕްމަންޓ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންނަށް ވިއްކުމަށް ހުޅުވާލި ފުރުޞަތުގައި އެސް.ޖ ޕްރައިވެޓް ލިމިޓެޑް )ކްރީކް ރެސިޑެންސް( ގެ ނަންބަރ 2F-A7 ޔުނިޓް ގަތުމުގެ ފުރުޞަތު ކާމިޔާބުކުރުމާ ގުޅިގެން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ފޮނުވާފައިވާ ސިޓީގައި، ބޭންކެއ މެދުވެރިކޮށް ލޯން ހަމަޖެހުނުކަމުގެ ލިޔުން 01 އެޕްރީ ލ 2023 ގ ނިޔަލަށް ހުށަހަޅާފައިނުވާނަމަ، ޔުނިޓް ގަތުމަށް ދީފައިވާ ފުރުޞަތު ބާޠިލުކުރެވޭނެކަމަށް އަންގާފައިވާކަމާއި،ށ ނަމަވެސް މި ސިޓީގައި ބަޔާންކޮށްފައިވާ ގޮތަށް ބޭންކް ލޯނު ހަމަޖެހުނުކަމުގެ ލިޔުން ދީފައިވާ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިނުވާތީ އަދި ޔުނިޓްގެ ފައިސާ ދެއްކުމުގެ ކުރިން ވަޒީފާއިން ވަކިކޮށްފައިވާތީ އަޙްމަދު އިސްމާޢީލްއަށް އެޕަރޓްމަންޓ ގަތުމަށް ދީފައިވާ ފުރުޞަތު ބާޠިލުކުރެވިފައިވާކަން އަޙްމަދު އިސްމާޢީލްއަށް އަންގާފައިވެއެވެ.

8މި ސިޓީއަށްފަހު، އަޙުމަދު އިސްމާޢީލް އަދާކުރަމުންދިޔަ ވަޒީފާގެ ސަބަބުން ފްލެޓް ގަތުމުގެ ފުރުޞަތު ލިބި، އަޙްމަދްއިސްމާޢީލ ފްލެޓް ގަތުމުގެ ފުރުޞަތު ކަމިޔާބުކޮށްފައިވާ އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން އިމާރާތްކުރަމުންދާ 'ކްރީކް ރެސިޑެންސް' ނަންބަރު 2F-A7 ޔުނިޓް މި މައްސަލައަ މެދާ ވަކި ގޮތެއް ކަނޑައަޅަންދެން އެހެން ފަރާތަކަށް ދިނުން ނުވަތަ ވިއްކުން ނުވަތަ ވިއްކުމަށ ހުށަހެޅުން ނުވަތްޢައްޔަންކުރުމަށ ހުށަހެޅުން ނުވަތް ކުއްޔަށްދިނުންފަދަ އެއްވެސްކަމެއ ނުކުރުމަށާއި، އަޙްމަދު އިސްމާޢީލްއަށް ފްލެޓް ގަތުމުގެ ފުރުޞަތު ލިބިފައި އޮތް އަދި ލިބެމުންދިޔަ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ގެ ނަންބަރ REM/PRV/2024/1446-HDC(161) )08 ފެބުރުވަރީ 2024( ސިޓީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ގެ ނަންބަރ HRM/PRV/2022/3934-HDC(161) ސިޓީއާ ޙަވާލާދީފައިވެއެވެ. އެންމެހައި އިނާޔަތްތަކާއި ފުރުޞަތުތައް އަލުން އިއާދަކުރުމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ނުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއަށް އަންގާ އަމުރުކޮށްދިނުމަށް އެދޭ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ވަގުތީ އަމުރެއް ނެރްދިނުމަށ އަޙްމަދް އިސްމާޢީލްގެ ފަރާތުނ 24 މާރިޗް 2024 ގައި އެދުނެވެ. އަޙްމަދު އިސްމާޢީލް އެދުނު ފަދައިން އަމުރެއް ނެރެދެވެންނެތްކަމަށް )މީގެ ފަހުން "ދެވަނަ އަމުރާއި މެދު ނިންމި ނިންމުން" ނުވަތަ "30 އެޕްރީލް 2024 ގެ އަމުރާމެދު ނިންމި ނިންމުން"( ވަޒީފާއާބެހޭ ޓްރައިބިއުނަލުން 30 އެޕްރީލް 2024 ގައި ނިންމާފައިވެއެވެ.

9އަޙްމަދު އިސްމާޢީލްގެ ފަރާތުން 23މޭ 2024 ގައި ވަގުތީ އަމުރަކަށް އެދިފައިވެއެވެ. މި އަމުރުގައި އަޙްމަދު އިސްމާޢީލްގެ ފަރާތުން އެދިފައިވަނީ މުވައްޒަފު އަދާކުރަމުންދިޔަ ވަޒީފާގެ ސަބަބުން ގަތުމުގެ ފުރުޞަތު އަޙްމަދު އިސްމާޢީލްއަށް ލިބި އެތަން ގަތުމުގެ ފުރުޞަތު ކާމިޔާބުކޮށްފައިވާ އެސް.ޖ ކޮންސްޓްރަކްޝނ ޕްރައިވެޓް ލިމިޓެޑުން އިމާރާތްކުރަމުންދާ 'ކްރީކް ރެސިޑެންސް' ނަންބަރު 2F-A7 ޔުނިޓް މި މައްސަލައާ މެދު ވަކި ގޮތެއް ކަނޑައަޅަންދެން އެހެން ފަރާތަކަށް ދިނުން ނުވަތަ ވިއްކުން ނުވަތް ވިއްކުމަށް ހުށަހެޅުން ނުވަތަ އައްޔަންކުރުން ނުވަތަ ކުއްޔަށްދިނުން ފަދަ އެއްވެސ ކަމެއް ނުކުރުމަށާއި، މުވައްޒަފު އަދާކުރަމުންދިޔަ ވަޒީފާގެ ސަބަބުން މުވައްޒަފަށް ލިބިދީފައިވާ ފްލެޓް ގަތުމުގެ ފުރުޞަތުފަދަ މުވައްޒަފު އަދާކުރަމުންދިޔަ ވަޒީފާގެ ސަބަބުނ 20 ޑިސނެ ބަރް 2023 އާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ VTR/VA/2024/12-200 ) 30 އެޕްރީލް 2024( "ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމް ގޮތް" ނިންމުމުގައިވަނީ، މި މައްސަލައިގައި އަޙްމަދު އިސްމާޢީލް ވަޒީފާއިން ވަކިކުރެވިފައިވަނީ އެކަށީގެންވާ ސަބަބެއް ނެތިކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅަން ޖެހިއްޖެ ހިނދެއްގައި، އަޙްމަދު އިސްމާޢީލް ފްލެޓް ގަތުމުގެ ފުރުޞަތުގައި ކާމިޔާބުކޮށެފައިވާ ފްލެޓެއް ހަނި ފަރާތަކަށް ދިނުން ނުވަތަ ވިއްކުން ނުވަތަ ވިއްކުމަށް ހުށަހެޅުން ނުވަތަ އައްޔަންކުރުން ނުވަތަ އައްޔަންކުރުމަށް ހުށަހެޅުން ނުވަތި ކުއްޔަށްދިނުންފަދ ކަމެއް ހުއްޓުވައިދިނުމަށް މި މައްސަލައިގެ މައުޟޫއީ ދަޢުވާގައި އަޙްމަދު އިސްމާޢީލްގެ ފަރާތުން މިހިނދަށް އެދީފައިވާކަން އެނގެންނެތަތީއާއި، މައްސަލައަކާ ގުޅިގެން ވަގުތީ އަމުރެއް ނެރެދެވޭނީ އެ މައްސަލައެއް ނިންމުމަށް އެދޭ ގޮތްކަމަށް ބަޔާންކޮށްފައިވާ ކަމަކަށް ވަގުތިހިމާޔަތެއ ލިބެންޖެހޭކަމުގެ އާހެތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންވުކަންކަމާއި ގުޅިގެންކަމަށް ބުރަވެވޭތީއާއި، އަޙްމަދު އިސްމާޢީލް ފްލެޓް ގަތުމުގެ ފުރޞަތުގައި ކާމިޔާބުކޮށްފައިވާ ފްލެޓްއ ގުޅިގެނާ ވަޒީފާއާބެހް ޓްރައިބިއުނަލެ މެދުވެރިކޮށް ފަރުވާއެއް ހޯދުމަށް މި މައްސަލައިގެ މައުޟޫއީ ދަޢުވާގައި އަޙްމަދު އިސްމާޢީލްގެ ފަރާތުން އެދިފައިނުވާއިރު، މި މައްސަލައިގައި ވަގުތީ އަމުރު ނެރުމަކާނުލައި އަޞްލު މައުޟޫއީ ދަޢުވާ ލަސްވުގެން ހިނގައްޖެނަމަ އަޙްމަދު އިސްމާޢީލްއަށް ކުރިމަތިވެދާނޭ ނރައްކަލެއ އޮތްކަމަށް ބުރަނުވެވޭތީކަމުގައެވެ. ހަމައަށ މުވައްޒަފަކަށް ލިބިފައި އޮތް އަދި ލިބެމުންދިޔަ އެންމެހައި އިނާޔަތްތަކާއި ފުރުޞަތުތައް އަލުން އްއދަކުރުމަށް ހުރަސްއެޅޭފަދަ އެއްވެސްކަމެއް ނުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް އަންގައި އަމުރުކޮށްދިނުމަށެވެ.

10މ އަމުރަށް އެދި ހުށަހެޅި ހުށަހެޅުމާއި ގުޅިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުނު ދީފައިވާ ޖަވާބުގައިވަނީ އަޙްމަދު އިސްމާޢީލްގެ ފަރާތުން އެދިފައިވާ ވަގުތީ އަމުރަކީ ފްލެޓެއް )ނުވަތަ ގޯތި ގެދޮރެއް( އެހެން ތިންވަނަ ފަރާތަކަށް ވިއްކުން ނީވަތަ ދިނުން ހުއްޓުވުމަށް ހުށަހަޅާފައިވާ ވަގުތީ އަމުރެއްކަމުން، އެއީ ޤާނޫނު ނަންބަރު 2010/22 )ދިވެހިރާއްޖޭގެކޯޓުތަކުގ ޤާނޫނެ( )މީގެ ފަހުން "ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު"( ގ ދަށުން ސިވިލް ކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ މައްސަލައެއްކަން ވަރަށް ސާފުކަމުގައެވެ. އަދެދިވެހިރާއްޖޭގެކޯޓުތަކުގ ޤާނޫނުން ލިބިދީފައިވާ ޚާއްޞަ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބާވަތުގެ މައްސަލައެއް ބެލުމުގެ އިޚްތޞާޞި ވަޒީފާއާބެހް ޓްރައިބިއުނަލްއަށް ލިބިގެންނުވާކަމުގައެވެ.ގޯތިގެދޮރާއ ގުޅިގެނި އުފެދޭ މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ ސިވިލް ކޯޓަށް ކަމުގައެވެ. މ މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވާކަމަށް ކަނޑައަޅާ ޙާލަތުގައި، ފްލެޓް ގަތުމަށް އަޙްމަދު އ ސްމާޢީލްއަށް ދެވިފައިވާ އޮފަރއ އޭނާ ޚިލާފުވެފައިވާކަމަށާއި، އެ އިފަރއާ އެއްގޮތަށް އަޙްމަދު އިސްމާޢީލް ފައިސާ ދައްކާފައިނުވާކަމަށާއި، މ ޙާލަތުގައި އަދާލަތުގެ ފަރުވާއެއް އަޙްމަދު އިސްމާޢީލްއަށް ޙައްޤުނުވާކަމަށާއި، މި މައްސަލައިގައ ވަގުތީ އަމުރެއް ނެރެދީފިނަމަ ފައިސާ ދެއްކުމުގެ މުހުލަތު ހުއްޓުމެއް ނެތްފަދައިން ދިގުވެގެނސް،ގ އ ފަރާތަށެ ނުހައްޤު މަންފާއެއް ލިބިގެންދާނެކަމަށާއި،ވަގުތީ އަމުރު ނެރުމުގައި ފުރިހަމަވާންޖެހޭ މިންގަނޑުތަކަށް ބަލާއިރު، މި މައްސަލައިގައި މައުޟޫޢީ ޙައްޤެއް "ފާޅުކަން ބޮޑު" ގޮތެއްގައި އިސްތިއުނާފުކުރާ ފަރާތުން 23 މޭ 2024 ގައަ ވަޒީފާއާބެހޭ ޓްރައިބިއުނަލެއް ށ ހުށަހަޅާފައިވް "ވަގުތީ އަމުރަށް އެދޭ ފޯމު" ނެތްކަމަށާއި، ވަގުތީ އަމރުއް ނެރެދީފިނަމަ ފްލެޓުން ނަފާ ހޯދުމުގެ ޙައްޤުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއަށ މަހުރޫމްވެގެންދާނެކަމަށާއި، of balance convenience ޓެސްޓުންވެސް ތަދާރުކުނުކުރެވޭ ގެއްލުން ލިބެނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއަށް ކަމުގައިވާތީ، މި އަމުރު ނެރެދޭނެ ތަނެއް ނެތްކަމުގައި ކަނޑައަޅައިދިނުމަށ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން އެދޭކަމުގައެވެ.

11މިހާރު ހުށަހެޅު ބެލެމުންމިދަނީ ބުނެވިދިޔަ ވަގުތީ އަމުރަށް އެދި ހުށަހެޅި ހުށަހެޅުމއިމެދާ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރ 200-VTR/VA/2024/25 )03 ޖުލައި 2024( "ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ގޮތް" )މީގެ ފަހުން "އިސްތިއުނާފުކުރެވޭ އަމުރު" ނުވަތަ "03 ޖުލައި 2024 ގެ އަމުރު"( އިން ނިންމި ނިންމުމުގެ އިސްތިއުނާފީ މައްސަލައެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން މައްސަލަ ނިންމިގޮތް

12ވަގުތީ އަމުރަށް އެދުނު މައްސަލައިގައި،ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 200-VTR/VA/2024/25 ) 03 ޖުލައި 2024( ނިންމުމުންނިންމާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 6/VTR/2024 މައްސަލައިގެ މައުޟޫޢުގައި ފައިޞަލާކުރަނިވި ނިންމުމެއް ނިންމުމާ ހަމައަށް ނުވަތްވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަކި ގޮތެއް އަންގަންދެން، އަޙްމަދު އިސްމާޢީލްއަށް ގަތުމުގެ ފުރުޞަތު ލިބިފައިވާ އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓ ލިމިޓެޑުން ހުޅުމާލޭގައި އިމާރާތް ކުރަމުންދާ 'ކްރީކް ރެސިޑެންސް' ގެ 2F-A7 ޔުނިޓް އިތުރު ފަރާތކަށަ ދިނުން ނުވަތް ވިއްކުން ނުވަތަ ވިއްކުމަށް ހުށަހެޅުން ނުވަތަ ޢައްޔަންކުރުން ނުވަތަ ކުއްޔަށްދިނުންފަދަ އެއްވެސް ކަމެއް ނުކުރުމަށާއި، އަޙްމަދު އިސްމާޢީލް އަދާކުރަމުންދިޔަ ވަޒީފާގެ އިސްތިއުނާފު ރައްދުވާ ފަރާތުން 27 ޖޫން 2024 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލާއް ށ ހުށަހަޅާފައިވް "އަޙްމަދު އިސްމާޢީލްގެ ފަރާތުން އެދިފައިވާ 3 ވަނަ ވަގުތީ އަމުރާ ގުޅޭ ގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ހުށަހަޅާ ޖަވާބު" ސަބަބުން ލިބިފައި އޮތް އަދި ލިބެމުންދިޔައިނާޔަތާތަކާއި ފުރުޞަތުތައް އއެދަކުރުމަށް ހުރަސްއެޅި، އެފަދަ ނިންމުމެއްގެ ޤާނޫނީ ބާރުވެރިކަން ގެއްލިދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށެހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑގް މައްޗަށް އަންގައި އަމުރުކޮށެވެ.

13ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިސްވެ ބަޔާންކުރެވުނު ނިންމުމަށް ވާސިލްވުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްފައިވެއެވެ.

13.1. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 1 ގައި ސިވިލް ކޯޓުގެ އިޚްތިޞާޞްގެ ގޮތުގައި، މަދަނީ މައްސަލަތަކުގެ ތެރެއިން ޢާއިލީ މައްސަލަތައް ފިޔަވައި އެންމެހައި މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސުޕީރިއަރ ކޯޓުތަކުގެ ތެރޭގައި ހިމެނޭ ސިވިލް ކޯޓަށް ލިބިގުންވާކަމަށ ބަޔާންކޮށްފައިވާއިރު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން އަޙްމަދ އިސްމާޢީލްއަށް ދީފައިވާ އެ ކުންފުނީގެ ނަންބަރ -REM/PRV/2024/1446HDC(161) )08 ފެބުރުވަރީ 2024 ( ސިޓީއަށް ބެލުމުން، އަޙްމަދު އިސްމާޢީލް ގަތުމުގެ ފުރުޞަތު ކާމިޔާބުކޮށްފައިވާ 'ކްރީކް ރެސިޑެންސް' ގެ ނަންބަރ 2F-A7 ފަލެޓަކީހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން ހިންގަމުންދާ 'މިކްސްޑ-ރެސިޑެންޝަލް' ޕްރޮޖެކްޓްތަކުންއެޕާޓްމަންޓްތައ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންނަށް ވިއްކުމަށް ހުޅުވާލި ފުރުޞަތުގައި އަޙްމަދު އިސްމާޢީލް ގަތުމުގެ ފުރުޞަތު ކާމިޔާބުކޮށްފައިވާ ފްލެޓެއްކަން އެނގެން އޮންނާތީ އާއި، އަޙްމަދު އިސްމާޢީލް ފްލެޓް ގަތުމުގެ ފުރުޞަތު ލިބިފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެމުވައްޒަފެއްގެ ހައިސިއްޔަތުން އަޙްމަދު އިސްމާޢީލްއ ދެމެދު އުފެދިފައިވާ ވަޒީފާގެ ގުޅުމެއްގެ ސަބަބުންކަން އެނގެން އޮންނާތީ، އަޙްމަދު އިސްމާޢީލްގެ ފަރާތުން އެދިފައިވާ ވަގުތީ އަމުރާމެދު ގޮތެއް ނިންމުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނލްއަށ ލިބިގެންވާކަމަށް ބުރަވެވޭކަން.

13.2. އަޙްމަދު އިސްމާޢީލް ވަޒީފާއިން ވަކިކުރުމާއި ހަމައަށްބޭންކ ލޯން ހަމަޖެހުނުކަމުގެ ލިޔުން ހުށަހަޅާފައިނުވްސަބަބުގެ މައްޗަށް ރިޢާޔަތްކޮށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުނ އަޙްމަދު އިސްމާޢީލްއަށް ލިބިފައިވާ ފްލެޓް ގަތުމުގެ ފުރުޞަތު ބާޠިލުކުރަން ނިންމާފައިވާކަން އެނގެން ނެތުމުންނާއި،ފްލެޓް ގަތުމުގެ ފުރުޞަތު ލިބުނު މުވައްޒަފުންގެ ތެރެއިން ވަޒީފާގައި ތިބި މުވައްޒަފުންނަށް ފްލެޓަށް ފައިސާ ދެއްކުމަށް ބޭންކް ލޯނު ހަމަޖެހުނުކަމުގެ ލިޔުން ހުށަހެޅުމަށް މުއްދަތު އިތުރުކޮށްދީފައިވާކަނ އެނގެން އޮތުމުންނާއި، ވަޒީފާއިން ވަކިވެފައިވާ ނުވަތަ ވަކިކޮށްފައިވާ މުވައްޒަފުންގެ ތެރެއިން ފައިސާ ނުދައްކާ މުވައްޒަފުންނަށް ފްލެޓް ގަތުމަށް ދީފައިވާ ފުރުޞަތު ބާޠިލުކުރުމަށްހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއިން ނިންމާފައިވަން އަޙްމަދު އިސްމާޢީލް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑގް ވަޒީފާއިން ވަކިކުރިފަހުންކަނ.

13.3. އަޙްމަދު އިސްމާޢީލްއަށް ފްލެޓް ގަތުމަށް ލިބުނު ފުރުޞަތަކީހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އަޙްމަދު އިސްމާޢީލްއަށް ލިބުނު ފުރުޞަތެއްކަނ އެނގެން އޮތުމުން،ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑގު މުވައްޒަފެއްގެ ހައިސިއްޔަތުން އަޙްމަދު އިސްމާޢީލްއަށް ފްލެޓް ގަތުމަށް ލިބިފައިވާ ފުރުޞަތު ގެއްލިގެން ދިއުމަކީ، މި މައްސަލައިގައި އަޙްމަދު އިސްމާޢީލް ވަޒީފާއިން ވަކިކުރެވިފައިވަނ އެކަށީގެންވާ ސަބަބެއް ނެތިކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅަން ޖެހިއްޖެ ހިނދެއްގައި، އަޙްމަދު އިސްމާޢީލް އަނބުރާ ވަޒީފާއަށް ރުޖޫޢަކުރެވުނުކަމުގައި ވީނަމަވެސް، އަޙްމަދު އިސްމާޢީލްއަށް ލިބިގެންދާނެ އިއާދނުކުރެވޭފަދަ ގެއްލުމެއްކަމުގައި ބުރަވެވޭކަމަށް.

އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް

14ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 200-VTR/VA/2024/25) 03 ޖުލައި 2024( "ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ގޮތް" ނީންމާފައިވީނ ޝަރުޢީ އަދި ޤާނޫނ ހަމަތަކާއެއްގޮތ ނުވާކަމަށް ބުން އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި އިސްތިއުނާފުކުރާ ފަރާތުނ ހުށަހަޅާފައިވަނީ އަންނަނިވ 05 )ފަހެއް( ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛

14.1. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 1ގެ 1 ވަނަ ނަންބަރުގައި ސިވިލް ކޯޓުގެ އިޚްތިޞާޞް ބަޔާންކޮށްފައިވާއިރު، މުދަލާއި ގޯތިގެދޮރާއި ތަރިކައާބެހޭ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ ސިވިލް ކޯޓަށްކަމުގައިވުމުން، މި ވަގުތީ އަމުރާއި ބެހޭގޮތުން ފައިސަލާކޮށް ގޮތް ނިންމުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލއަށެލިބިގެން ނުވިނަމަވެސް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 57 ވަން މާއްދާގަ )ހ( އާ ޚިލާފަށް ވަގުތީ އަމުރާއި މެދުގައި ގޮތް ކަނޑައަޅާފައިވާކަމަށ ބުނެ ހުށަހެޅި ނުކުތާ އާއި،

14.2. ޤާނޫނުއަސާސީގެ 143 ވުނ މާއްދާގަ )ރ( އާ ޚިލާފަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނަންބަރ 2012/SC-A/21 ނެކްސްބިޒް ލިމިޓެޑް )އޮސްޓްރޭލިޔާ( ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައިކަނޑައަޅާފައިވާ އުޞޫލުތަކާއި ޚިލާފަށް، އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2021/HC-A/310 އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ފިނޭންސްއަދިއެކޯޓުގ ނަންބަރ 2021/HC-A/277 ދ.ކުޑަހުވަދޫ ކައުންސިލްގެ އިދާރާ ވ. އިސްމާޢީލް ރަޝީދުޤަޟިއްޔާގައި ކަނޑައަޅާފައިވާ ދަޢުވާ ކާމިޔާބުކުރުމުގެ އަސާސީ އަދި ޙަޤީޤީ އިހުތިމާލެއ ނެތް ނެތުމަށް ރިޢާޔަތްނުކޮށް، އަދ އެކަން ނުބަލައި، ވަގުތީ އަމުރު ނެރެދީފައިވާކަމަށ ބުނެ ހުށަހެޅި ނުކުތާ އާއި،

14.3. ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާ ޚިލާފަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/426 ދިވެހި ދައުލަތް )މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން( ވ. ޙުސައިން ޙާފިޘް އަދި އިތުރު 8 ފަރާތެއް( ޤަޟިއްޔާގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔުގެ 34 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ hands clean doctrine އަށް ރިޢާޔަތްނުކޮށް، އަޙްމަދު އިސްމާޢީލްގެ ފަރާތުން ފްލެޓް ގަތުމަށް ދީފައިވާ އޮފަރއާ ޚިލާފުވެފައިވީނަމަވެސް، ވަގުތީ އަމުރު ނެރެދީފައިވާކަމަށ ބުން ހުށަހެޅި ނުކުތާ އާއި،

14.4. ޤާނޫނުއަސާސީގެ 143 ވުނ މާއްދާގަ )ރ( އާ ޚިލާފަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2024/SC-A/08 މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އަދި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީ )ދިވެހި ދައުލަތް( ވ. ޙުމައިދާ ޢަބްދުލްޣަފޫރު ޤަޟިއްޔާގެ 26 ވަނަ ނުކުތާއަށް ރިޢާޔަތްނުކޮށް، ވަގުތީ އަމުރު ނެރެދޭ ޙާލަތުގައި، މައުޟޫޢީ ދަޢުވާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑައިނ ހުށަހެޅް ހުށަހެޅުމަށް ރިޢާޔަތްނުކޮށް، އަޙްމަދު އިސްމާޢީލްއަށް އެކަނ ވާނޭ ގެއްލުމަށް ބަލައި ވަގުތީ އަމުރު ނެރެދީފައިވާކަމަށ ބުން ހުށަހެޅި ނުކުތާ އަދި،

14.5. ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާ ޚިލާފަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/277 ދ.ކުޑަހުވަދޫ ކައުންސިލްގެ އިދާރާ ވ. އިސްމާޢީލް ރަޝީދުޤަޟިއްޔާ އާއި ނަންބަރ 95-B4/CHT/2023/240 މައްސަލައިގެ 6 ވުނ ނުކުތާއަ ޚިލާފަށް، ތަދާރުކު ނުކުރެވޭ ނުވަތަ ފައިސާއިން ބަދަލު ދެވޭނެ ގެއްލުމަކަށް ވީނަމަވެސް، އެކަމަށް ރިޢާޔަތްކުރުމަކާއ ނުލައި ވަގުތީ އަމުރު ނެރެދީފައިވާކަމަށ ބުން ހުށަހެޅި ނުކުތާއެވެ.

15ފުރަތަމަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 57 ވަން މާއްދާގަ )ހ( ގައި ސުޕީރިއަރ ކޯޓުތަކުގެ އިޚްތިޞާޞް ބަޔާންވެގެންވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލުތަކުގައިކަމާއި،ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 1 ގ ފެށޭ ޕެރެގްރާފުގައި "މަދަނީ މައްސަލަތަކުގެ ތެރެއިން ޢާއިލީ މައްސަލަތައް ފިޔަވައި އެންމެހައި މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސުޕީރިއަރ ކޯޓުތަކުގެ ތެރޭގައި ހިމެނޭ ސިވިލްކޯޓަށް ލިބިގެންވެއެވެ. މިގޮތުން ސިވިލް ކޯޓުން ބަލާ މައްސަލަތައް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ." މިފަދައިން ކަމުގައެވެ. އަދި އެ ޖަދުވަލުގެ 1 ވަނި ނަންބަރުގައި "މުދަލާއި ގޯތިގެދޮރާއި ތަރިކައާބެހޭ" މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވަންވިލީ ސ ކޯޓަށޭކަމަށާއި،ފްލެޓަކާއި ގުޅޭގޮތުން ވަގުތީ އަމުރެއް ނެރުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ލިބިގެންނުވާކަމަށާއި،އެއީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި މުވައްޒަފުނނާއ އެހެނިހެން ފަރާތްތަކަށް ވިއްކާ ފްލެޓް ފަރަގުކޮށް،ތަފާތުކޮށްފައިނުވތކަމުގައެވެ.

16މީގެ އިތުރުން،ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރ 2022/HC-A/201 ޑެލްގްރޭންޑް ޕްރައިވެޓް ލިމިޓެޑް ވ. ޙުސައިން ފަޟީލް ޤަޟިއްޔާގައި،މުވައްޒަފުންނަށް ދޭ ލޯނުތަކާއި ނުވަތަ ދަރަންޏާއި ގުޅް މައްސަލޭ ބެލުމުގެ އިޚްތިޞާޞް ޓްރައިބިއުނަލއަށޭލިބިގެންވާގޮތް އެ މައްސަލައިގެ އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިނުވާކަމަށް ކަނޑައަޅާފައިވާތީ މުވައްޒަފުންނާއި ވަޒީފާދޭ ފަރާތްތަކާއ ދެމެދި ވަޒީފާގެ ގުޅުމުގެ ތެރެއިން އުފެދޭ ލޯނު ފަދަ ނުވަތަ ފްލެޓް ވިއްކުން ފަދަ ކަންކަން ބެލުމުގެ އިޚްތިޞާޞްވަޒީފާއާބެހްޓްރައިބިއުނަލއަށ ލިބިގެންނުވާކަމުގައި ކަނޑައަޅާފައިވާކަމުގައެވެ.

17ވާޒީފާއާބެހޭޓްރައިބިއުނަލްގެ ނިންމުމަކީ ބަޔާންކުރި ޤާނޫނީ ނުކުތްތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށާއި، ދެކޮޅު ޖެހޭ ނިންމުމެއްނޫންކަމުގައެވެ. ސަބަބަކީ، މުވައްޒަފުންނަށް ވިއްކާ ފްލެޓް ނުވަތަ މުވައްޒަފާއި ވަޒީފާދޭ ފަރާތްތަކާއި ދެމެދު އެކުލަވާލެވޭ މިފަދަ arrangement ތައް ބަލައި ފައީޞޭލާކުރުމުގެ އިޚްތިޞާޞް އޮތިވަޒީފާއާބެހ ޓްރައިބިއުނަލްއަށް ކަމުގައިވާނަމަ، ފްލެޓާއ ގުޅިގެނ ފައިސް ނުދައްކާ މައްސަލަތައްވެސް ހުށަހަޅަންޖެހޭނީވަޒީފާއާބެހ ޓްރައިބިއުނަލްއަށްކަމުގައ ވާތީކމުގަ ވެ.

18ދެވަނަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2012/SC-A/21 ނެކްސްބިޒް ލިމިޓެޑް )އޮސްޓްރޭލިޔާ( ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ބަޔާންކުރާޝަރުޠުތްކަށަ ބ ލަންޖެހޭނެކަމަށ ވަޒީފާއާބެހޭ ޓްރައިބިއުނަލގްވަގުތީ އަމުރުގައި ބަޔާންކޮށްފައި އޮތްނަމަވެސް،މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބަކާއި އެކުގައިތޯ އަދި މައުޟޫޢީ ދަޢުވާ ކާމިޔާބުކުރުމުގެ އިހުތިމާލު "ފާޅުކަން ބޮޑު" ގޮތެއްގައި އޮތްކަމުގެ ޝަރުޠު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލާފައިނުވާކަމގައެވެ.

19މި މައްސަލައިގެ prima facie ވޮޤިއާތަކަށ ބަލާއިރް އިސްތިއުނާފު ރައްދުވު ފަރާތަށް، ޤާނޫނީ ގީތުނ ހިމާޔަތް ލިބެންޖެހޭ މައުޟޢުޙައްޤެއ ނުވަތް ޤާނޫނަ މަރުކަޒެއް އޮތުމުގެ އުހިތިމާލ ފާޅުކަންކަނ ބޮޑް ގޮތެއްގައި ނެތްކަމިށއި، މި މައްސަލައިގައ facie prima މިންގަނޑުން އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ އަދުލުވެރިކަން ޤާއިމުކުރެވިފައިވާކަން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާކަމުގައެވެ.

20އެހެނަސް، މި ނުކުތާއާމެދު ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ގޮތެއް ނިންމާފައިނުވާކަމުގައެވެ. އަދި ދިވެހިރާއްޖޭގު ސުޕްރީމް ކޯޓުގެ ނަންބަރ 2012/SC-A/21 ނެކްސްބިޒް ލިމިޓެޑް )އޮސްޓްރޭލިޔާ( ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައިބަޔަނާކުރާ ޝަރުޠުތަކުގެ ތެރެއިން، ފުރަތަމަ ޝަރުޠު ފުރްހމަވޭތޯ ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ޔަޤީންކޮށްފައިނުވާ ސަބަބެއް ސާފުނުވާކަމުގައެވެ.

21މިއީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމުގައެވެ. އެހެނީ، މައުޟޫޢިވާގިޤާތަކަށް ބެލުމުން، އިސްތިއުނާފު ރައްދުވާ ފަރާތަށް މި މައްސަލަ ކާމިޔާބުކުރުމުގެ އ ހތިމާލެއ ނެތްކަން އެނގި ހާމަވެގެންދާ ކަމުގައެވެ.

22ތިންވަނަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނުމީ މައްސަލައިގައި ޚުޞޫމާތު އުފެދޭ ފްލެޓް ގަތުމުގެ ފުރުޞަތު އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފ ރައްދުވާ ފަރާތަށް ދީފައިވަނީ 01 އެޕްރީލް 2023 ގައި ފައިސާ ދައްކައި ޚަލާސްކުރުމަށް ޝަރުޠުކޮށްކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތުން އެދިގެން މި މުއްދަތު 01 ޖޫން 2023 އަށް އިތުރުކޮށްދީފައިވާކަމަށާއި، ނަމަވެސް އިސްތިއުނާފު ރައްދުވާ ފަރާތުން މި މުއްދަތުގެ ތެރޭގައި އެއްބަސްވިގޮތަށް ފްލެޓަށް ފައިސާ ދައްކާފައިނުވާކަމގައެވެ.

23އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރި ތާރީޚުކަމުގައިވާ 20 ޑިސެންބަރު 2023 އަކީ އިސްތިއުނާފު ރައްދުވާ ފަރާތުން ފައިސާ ދައްކަން އެއްބަސްވި ތާރީޚުގެ 06 )ހައެއް( މަހާއި 21 )އެކާވީސް( ދުވަސް ފަހުގެ ތާރީޚެއްކަމަށާއި، 20 ޑިސެންބަރު 2023 ގައިވެސް އިސްތިއުނާފު ރައްދުވާ ފަރާތުނިފްލެޓަށ ފައިސް ދައްކާފައިނުވާކަމަށާއި،ފްލެޓަށް ފައިސް ދައްކާފައިނުވުމާއ ވަޒީފާއިން ވަކިކޮށްފައިވާތީ ފްލެޓް ގަތުމަށް ދިން ފުރުޞަތު ބާޠިލުކޮށްފައިވަނ 09 ފެބުރުވަރީ 2024 ގައިކަމު ގައެވެ.

24އެހެންކަމުން، އެއްބަސްވިގޮތަށް އެއްބަސްވި ތާރީޚުގައި އެއްބަސްވި އަދަދަށް އިސްތިއުނާފު ރައްދުވާ ފަރާތުނު ފައިސް ދެއްކިނަމަ ފްލެޓް ގަތުމަށް ދިން ފުރުޞަތު ބާޠިލުނުވީސްކަމަށާއި،އިސްތިއުނާފ ރައްދުވާ ފަރާތުން އަގުދުވި އަގުދާއި ޚިލާފަށް ޢަމަލުކޮށްފައިވާތީ، އެފަރާތަށް ވަގުތީ އަމުރުފަދ އަދާލަތުގެ ހަމަތަކުން ލިބިދެވޭ ފަރުވާއެއް ޙައްޤުނުވާކަމަށް ދެކޭކަމަށާއި،އެހެނީއެއުދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރ 2022/HC-A/426 ދިވެހި ދައުލަތް )މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން( ވ. ޙުސައިން ޙާފިޘް އަދި އިތުރު 8 ފަރާތެއް( ޤަޟިއްޔާގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔުގެ 34 ވަނަ ނުކުތާގައި ..." ނުތާހިރު އަތަކާއިގެނ ކޯޓަށް އަންނަ ފަރާތްތަކަށް ވަގުތީ އަމުރެއްގެ ދަށުން ފަރުވަދިނުމަކީ، ވަގުތީ އަމުރުގެ ޠަބީޢަތާ ތަޢާރުޟުވާ ކަމެކެވެ." މިފަދައިން އޮންނަ އޮތުމާއި ޚިލާފުކަމެއްކަމުގައިވާތީކަމާއި، މިއީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާ ޚިލާފަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމެއްކަމުގައެވެ.

25ހަ ތަރުވަނ އިސްތިއުނާފަ ނުކުތާތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތީ ނ ބުނެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2024/SC-A/08 މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އަދި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީ )ދިވެހި ދައުލަތް( ވ. ޙުމައިދާ ޢަބްދުލްޣަފޫރު ޤަޟިއްޔާގެ 26 ވަނަ ޕެރެގްރާފުގައި، އަދާލަތުގ ހަމަތަކަށް ރިޢާޔަތްކޮށް، ވަގުތީ އަމުރު ނެރެދޭ ޙާލަތުގައި އަނެއް ފަރާތަށް ލިބޭ ގެއްލުންތަކަށް ޔަޤީން ކަށަވަރުކަމެއް ހޯދިދާނެކަނ އެނގެން އޮންނަކަމަށާއި،އެހެނީ، މުދަލުން ތަސައްރަފުކުރުން ހުއްޓުވާއިރު، ހަމަ ޔަޤީނުންވެސް އެ މުދަލުގެ ވެރިފަރާތަށް އެ މުދަލުން ތަސައްރަފުކުރުން ހުއްޓުވުމުގެ ސަބަބުން ލިބޭނެ ގެއްލުންތަކެއް ހުންނާނެކަމަށާއި،މިފަދަ ގެއްލުންތަކަށ ޔަޤީން ކަށަވަރުކަމެއް ހޯދުމަކާއި ނުލައި، ހަމައެކަނި އެއް ފަރާތަށް ލިބިދާނެ ގެއްލުންތައް ފޫބެއްދުމަށް ވަގުތީ އަމުރު ނެރުމަކީ ދެކޮޅުޖެހޭކަމެއް ނޫންކަމުގައެވެ.

26އާދިވަގުތީ އަމުރު ބޭނުން ނަހަމަގޮތުގައި ހިފައި، އަސާސެއް ނެތް މައްސަލަތަކުގައިވެސް މުދާ ހިފެހެއްޓުންފަދ ކަންކަނަ ހުއްޓުވައި، ވަގުތީ އަމުރަކީ ޒިންމާދާރު ގޮތެއްގައި، ހަމަ އަސްލުގައިވެސ އޮތް "ފާޅުކަން ބޮޑު" މައުޟޫޢީ ޙައްޤެއް ހިމާޔަތްކުރުމަށް ނެރެދޭ އެއްޗަކަށް ހަ ދުމަށްޓަކައި، މިފަދަ ޔަޤީން ކަށަވަރުކަމެއް ހޯދުމަކީ މުހިންމުކަމެއްކެ މުގައއ ޤަޟިއްޔާގައި ބަޔާންކުރާކަމުގައެވެ.

27އެހެނަސް، މިކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިނުވާކަމަށާއި، އަދި ރިޢާޔަތްނުކޮށް ފްލެޓުން ތަސައްރަފުކުރުން ހުއްޓުވާފައިވުމުން އިސްތިއުނާފުކުރާ ފަރާތަށް އެތަކެއް ގެއްލުންތަކެއް ލިބުމުގެ އިހުތިމާލު އޮތްކަމަށާއި، މި މައްސަލަ އިސްތިއުނާފުކުރާ ފަރާތާ އެއްކޮޅަށް ނިމޭ ޙާލަތުގައި އިސްތިއުނާފުކުރަ ފަރާތަށް ލިބޭ ގެއްލުންތައް ފޫބެއްދޭނެ އެއްވެސ މަގެއް ނޯންނާނެކމުގައެވެ.

28ދިވެހިރާއްޖޭގެ ހައިކޯޓުން ވަގުތީ އަމުރު ދަމަހައްޓަން ނިންމާ ޙާލަތުގައިވެސް، މިފަދަ ޔަޤީން ކަށަވަރުކަމެއް އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފުކުރާ ފަރާތަށް ދޭންޖެހޭނެކަމުގައ ކަނޑައަޅައިދިނުމަށް އެދޭކަމުގައެވެ.

29ފަސްވަނަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ އެއް ކަމަކީ މައުޟޢޫ މައްސަލަ ކާމިޔާބުކުރާ ޙާލަތުގައި އިސްތިއުނާފު ރައްދުވާ ފަރާތަށް ފައިސާއިން ބަދަލު ދީގެން ނުވަތަ އެހެން ފްލެޓެއް ގަތުމުގެ ފުރުޞަތު ދީގެން އެ ފަރާތަށް ލިބިދާނެ ގެއްލުން ހިމާޔަތްކުރެވިދާނެކަނ ކަމުގައިވާއިރު، މިކަމަށް ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިނުވާކަމގައެވެ.

30ފުއިސާއިނ ބަދަލް ދީގެން ނުވަތަ އެހެން ގޮތަކުން އިއާދަކުރެވޭނ ޙައްޤެއްގެ މައްޗަށް ވަގުތީ އަމުރު ނެރެ ނުދެވޭނެ ކަން އެއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2021/HC-A/277 ދ.ކުޑަހުވަދޫ ކައުންސިލްގެ އިދާރާ ވ. އިސްމާޢީލް ރަޝީދުޤަޟިއްޔޫގައ ކަނޑައަޅާފައިވި އުޞޫލުކަމަށާއި، މާ މައްސަލައިގައި ވަގުތީ އަމުރުގެ މައުޟޢެގައި ހިމެނެނީ ފްލެޓްކަމަށާއި،ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރ 95-B4/CHT/2023/240 މައްސަލައިގައި، ހުޅުމާލޭގެ ވަކި ސަރަހައްދަކުން ވަކި ބިމަކުން ތަސައްރަފުކުރުމުގެ އަމުރެއް ނެރެނުދިނުމުގައި ރަނގަޅު ނުކުރެވޭނެ ނުވަތަ އިސްލާހީ ނުކުރެވޭނެ ގެއްލުމެއް ނެތްކަމަށް ނިންމާފައިވާއިރު، މި ނިންމުމުގައި ކަނޑައަޅަފައިވާ އުޞޫލު މ މައްސަލައަށް ތަޠުބީޤުކުރުމުން ނިކުންނަ ނަތީޖާއަކީ މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެ ނުދިނުންކަމުގައެވެ.

31އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ އިސްވެ ބުނެވުނު ކަންކަމަށް ރިޢާޔަތްކޮށް، މި ވަގުތީ އަމުރު ނެރުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ނެތްކަމުގައި ކަނޑައަޅައިދިނުމަށާއި، އިޚްތިޞާޞް އޮތްކަމުގައި ކަނޑައަޅާ ޙާލަތުގައި، އިސްވާ ފާހަގަކުރެވުނު ކަންކަމަށް ރިޢާޔަތްކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނެރެފައިވޭވަގުތ އަމުރަކީ ބާޠިލު އަމުރެއްކަމުގައި ކަނޑައަޅައިދިނުމަށާއި، އިޚްތިޞާޞް އޮވެ، އަދި ވަގުތީ އަމުރު ނެރެދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނިންމާފައިވާ ނިންމުމަށް ތާއީދުކުރާ ޙާލަތުގައި،މައުޟޫޢީ މައްސަލީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއާ އެއްކޮޅަށް ނިމޭ ޙާލަތުގައި، ފްލެޓުން ތަސައްރަފުކުރުނ ހުއްޓިފައިވާ މުއްދަތުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑއަށް ލިބިފައިވާ ގެއްލުމުގެ ޒިންމާ އަޙްމަދު އިސްމާޢީލް އުފުލަންޖެހޭނެކަމުގައ ކަނޑައަޅައިދިނުމަށެވެ.

އިސްތިއުނާފީ ނުކުތާތަކުގެ ރައްދު

32ފުރަތަމަ އިސްތިއުނާފީ ނުކުތާގެ ޖަވާބުގައިއިސްތިއުނާފ ރައްދުވު ފަރާތުން ބުނެފައިވަނީ، މ މައްސަލައިގައް އޮތި އިޚްތިޞާޞް ގުޅާ ސުވާލަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރިއިރު، އ މުވައްޒަފަށް މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިދީފައިއޮތ ފުރުޞަތެއް މުވައްޒަފު ވަޒީފާއިން ވަކިކުރުމާ ޙަވާލާދީ ވަޒީފާދޭ ފަރާތުން ބާޠިލުކުރުމުން އެ ފުރުޞަތު އިއާދަކުރުމގެ ބާރްއަދި އެކަން ތަންފީޒުކުރެވޭނެ ފަދައިން ވަގުތީ ބާރު ވަޒީފާއާބެހޭ ޓްރައިބިއުނަލއަށްލިބިގެންވޭތޯކަމަށާއި، މިކަން ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ )ހ( ގެ )1( ވަނަ ނަންބަރުން ޙައްލުދޭކަމެ އ،ށ އ ނަންބަރުގެ ދަށުން، މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތިކަމަށް ޓްރައިބިއުނަލްއަށް ފެނިއްޖެނަމަ، އެ މުވައްޒަފަކު ކުރިން އަދާކުރަމުންދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށާއި، އޭނާއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ންބި ލުމަށް އަމުރުކުރުމުގެ ބާރު ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ލިބގންވާކަން ސާފުކަމުގައެވެ.

33މ މާއްދާ ޤާނޫނު ނަންބަރ 2011/4 )މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނ( )މީގެ ފަހުން "މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު"(ގ 25 ވަނަ މާއްދާއާ އެކު ކިޔާއިރު،ވަޒީފެއާބެހ ޤާނޫނުގެ 29 ވަނަ މާއްދާގެ )ހ( ގެ )1( ވަނަ ނަންބަރިގައިވު ފަދައިން "އޭނާއަކީ އެއްވެސ ޙާލެއްގައްވަޒީފުއިން ވަކިވެފައިވާ މީހެއް ކަމުގައި ނުބެލުމަށް" ކުރާ އަމުރެއް ނެރެ، އެފަދަ އަމުރެއް ހެޔޮ ގޮތުގައި ތަންފީޒުކުރުމަށްޓަކައި ބޭނުންވާ ސީދާ ބާރުތަކާއި ނުސީދާ ބާރތައ ވަޒީފާއާބެހް ޓްރައިބިއުނަލްއަށް ލިބިފައިވާކަމުގައި ބަލަންޖެހޭކަމުގައެވެ.

34މިކަމުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރިއިރު މުވައްޒަފެއްގެ ހައިސިއްޔަތުން މުވައްޒަފަށް ލިބިފައިވާ އެންމެހައި ފުރުޞަތުތަކާއި މަންފުއެއް އިއާދަކުރުންވެސް ހިމެނޭނެކަން ބަޔާންކުރި މަސްދަރުތަކުނ އެނގޭކަމުގައެވެ. މީގެ އިތުރުން، ގަވާއިދު ނަންބަރ 2022/R-14 )ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު( )މީގެ ފަހުން "ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު"(ގެ 13 ވަނަ މާއްދާގައި، ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރްފަރާތަ ދެމެދު އުފެދޭ ޚިލާފުތައް ބެލުމުގެ ބާރު ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށ ލިބިގެންވާކަން ބަޔާންކުރާކަމެށއި، އެ ގަވާއިދުގެ 16 ވަން މާއްދާގަ ދަށުން، އެ މައްސަލައިގައި ހިމެނޭ ފަރާތެއްގެ މަޞްލަޙަތަށް އުނިކަމެއް އަންނާނެކަމަށް ބެލެވޭނަމަ، މައްސަލައިގެ ވާޤިޢާތުތަކަށ ރިޢާޔަތްކޮށް ވަގުތީ އަމުރެއް ނެރުމުގެ އިޚްތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލއަށާލިބިގެންވާކަމްއި،ށ މގޮތުނި އ ގަވާއިދުގެ 105 ވުނ މާއްދާގަ )ނ( އިން މީހަކަށް ގެއްލިފައިވާ މަންފާއެއް ނުވަތަ ފަސޭހައިން އަނބުރާ އެ މީހަކަށް ލިބޭނެގޮތް ހެދުމަށް ކުރާ އަމުރު، އަދި )ބ( އިން އިންސާފު ޤާއިމުކުރުމަށްޓަކައި ނެރެންޖެހޭ އަމުރު ނެރުމުގެ ބާރު އެ ޓްރައިބިއުނަލްއަށް ލިބިގެންވާކަން ބަޔާންކުރާކަމުގައެވެ.

35މ މައްސަލައިގައި އިސްތިއުނާފި ރައްދުވު ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލއަށް ހުށަހެޅި މައްސަލައިގައިވެސް،ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ )ހ( ގެ )1( ވަނަ ނަންބަރުގެ ދަށުން، އޭނާއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށް އަމުރުކޮށްދިނުމަށް އެދިފައިވާކަމަށާއި، އަދި ވަޒީފާގެ ސަބަބުން އެ ފަރާތުން ކާމިޔާބުކޮށްފައިވާ ފްލެޓް ގަތުމުގެ ފުރުޞަތުގެ ވާހަކަ ބަޔާންކުރިކަމުގައެވެ.

36މ މައްސަލައިގައިއިސްތިއުނާފ ރައްދުވު ފަރާތަށް ލިބިދީފައިވާ ފްލެޓް ގަތުމުގެ ފުރުޞަތު ބާޠިލުކުރި އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގެ ސަބަބުންކަން ސާފުކަމެ ށއި، އަދި އ ފުރުޞަތު އިއާދަކުރުމަކެ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ )ހ( ގެ )1( ވަނަ ނަންބަރްގު ދަށުންވަޒީފްއާބެހޭ ޓްރައިބިއުނަލއަށުކުރެވިދާނެކަމެއް ކަމުގައެވެ. އަދި އެކަން ތަންފީޒުކުރެވޭނެ ފަދައަކުން ވަގތެއަމުރު ނެރުމަކީވެސް އެ ޓްރައިބިއުނަލްއަށް ލިބިދީފައިވާ ބާރެއްކަމު ގައެވެ.

37އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދޭ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/201 ޑެލްގްރޭންޑ ޕްރައިވެޓް ލިމިޓެޑް ވ. ޙުސައިން ފަޟީލްޤަޟިއްޔާގައި އެ މައްސަލައިގައި ވާހަކަ ދެކެވުނު ލޯނާއި ވަޒީފިއ ހުރި ގުޅުމެއް ފެންނަންނެތްކަމަށާއި، އެ މައްސަލައިގައ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށ އިޚްތިޞާޞް ލިބް ގޮތް ބުނެދެވިފައިނުވުމަކީ މި މައްސަލައިގައި ޓްރައިބިއުނަލްއަށް އިޚްތިޞާޞް ނުލިބޭކަމަށް ބުނެވޭނެ އަސާސެއްނޫންކަމުގައެވެ. މި މައްސަލައިގައ އިސްތިއުނާފުކޮށްފައިވ އަމުރާ ނެރުމަށެވަޒީފާއާބެހ ޓްރައިބިއުނަލްއަށް އިޚްތިޞާޞް ލިބޭގޮތް އ ޓްރައިބިއުނަލްގެ ނިންމުމުގައި ބަޔާންކޮށްފައިވާކަމުގައެވެ.

38ދެވަނަ އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ،މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކަކީ 04 ފެބުރުވަރީ 2024 ގައިވެސް އާފަރާތުން ހަމަ އެގޮތަށް ދެއްކި ވާހަކައެއްކެ މަށާއި، މިއަށް އެ ޓްރައިބިއުނަލްގެ 08 ފެބުރުވަރީ 2024 ގެ އަމުރުގައި ގޮތެއް ކަނޑައަޅާފައިވާކަމުގައެވެ.

39އެހެންކަމުން،އިސްތިއުނާފުކުރާ ފަރާތުން މި ނުކުތާ އަލުން ހުށަހެޅުމުން އަލުން އެކަމާމެދު ގޮތެއް ކަނޑައެޅިގެންދާނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 08 ފެބުރުވަރީ 2024 ގ އަމުރު މުރާޖއކުރުމުންކަމުގައެވެ. އެ އަމުރު މުރާޖައާކުރަންޖެހޭ ޤާނޫނީ އެއްވެސް ސަބަބެއް ނެތްކަމުގައެވެ. 08 ފެބުރުވަރީ 2024 ގެ އަމުރު އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފުކޮށްފައިނުވާކަމުގައެވެ.

40ވަޒީފާއާބެހޭ ޓްރައިބިއުނަލއަށްމި ވަގުތީ އަމުރާއި ގުޅިގެނާއިސްތިއުނާފ ރައްދުވު ފަރާތުން ހުށަހެޅި ފޯމަށް ބަލާއިރުވެސް، މިއީ 08 ފެބުރުވަރީ 2024 ގ އަމުރަށް ޙަވާލާދީ އޭގެ މަޤްޞަދު ނެގެހެއްޓުމަށްޓަކައި ނެރެދޭންޖެހޭ އަމުރެއްކަން އަދ order interim additional އެއްކަން އެނގޭނެކަމުގައެވެ.

41މީގެ އިތުރުން، އިސްތިއުނާފުކުރާ ފަރާތުން މިހާރު އެދޭ އެދުމަކީ މައްސަލައިގެ މައުޟޫއާމެދު ކުރިއާލާ ގޮތާ ކަނޑައަޅައިދިނުމަށް އެދިފައިވާ އެދުމެއްކަން ސާފުކަމީށަ އ، ވަގުތީ އަމުރު ނެރެންޖެހެނ މައްސަލައިގެ މައުޟޫއަށް އެއްވެސް އަސަރެއްނުކުރާ ގޮތަށްކަމި ށއި، އަދި ވަގުތީ އަމުރު ނެރުމުގައި އިތުރަށ ބަހުސަކަށް ނުގޮސް ހުށަހަޅް ކަންކަމަކީ އެކަންކަމުގެ ޙަޤީޤަތްތަކުގެ މައްޗަށް ނުފީނައި ފަނޑިޔާރަށ ވަގުތުން ގޮތް ކަނޑައެޅޭނެ ކަންކަމަށް ވާންވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ނަންބަރ 2020/SC-A/101 އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓު ސަރވިސަސް )މޯލްޑިވްސް( ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކުރާއިރު، ވަގުތީ އަމުރުގެ ބޭނުމަށ ހެކް ވަޒަންކުރުމުގައިވެސް މައުޟޫ ޢ ވަކި ވާޤިއާއެއް ވަކި ގޮތަކަށް އޮތްކަމަށް ކުރިއާލާ ނުނިންމޭނެކަމުގައެވެ.

42މި މައްސަލައިގައި އިސްތިއުނާފު ރައްދުވާފަރާތަށ ފްލެޓް ގަތުމުގެ ފުރުޞަތު ލިބިދީފައިވާކަމާއި،ށ އަދި އޭނާ ވަޒީފާއިން ވަކިކުރުމާހަމައަށްވެސް، އެ ފުރުޞަތު ބާޠިލުކޮށްފައިނުވާކަން އެނގޭކަމަ އ،ށ އެ ފުރުޞަތު ބާޠިލުކޮށްފައިވަނީ ވަޒީފާއިން ވަކިކުރުމުގެ ފަހުންކަން އެނގޭކަމުށްއި، އިސްތިއުނާފ ރައްދުވާ ފަރާތުން އެދިފައިވަނީ ވަޒީފާއަށް އަނބުރާ ރުޖޫޢަކޮށްދިނުންކަމުގައިވާއިރު، ވަގުތީ އަމުރުން ހިމާޔަތްކށދޭންޖެހޭ ޤާނޫނީ މަރުކަޒު ސާފުކަމުގައެވެ.

43ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 08 ފެބުރުވަރީ 2024 ގ އަމުރުގައި ކަނޑައަޅާފައިވާ ކަނޑައެޅުންތަކުގެ އިތުރަށް، ފްލެޓް ގުޅާ ގޮތުން އޮތް ވަކި އަމުރާ ގުޅޭ ނިސްބަތަށް prima facie މިންގަނޑުން ވަޒަންކުރަންޖެހޭ ކަންކަން ވަޒަންކޮށްފައިވާކަން ފެންނަން އޮތްކަމުގައެވެ.

44ތިންވަނަ އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން ބަޔާންކުރާގޮތުންވަޒީފާއާބެހީޓްރައިބިއުނަލްއިން ތަބާނުވި މަތީ މަރުޙަލާގެ ނިންމުމަކ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2022/HC-A/426 ދިވެހި ދައުލަތް )މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން( ވ. ޙުސައިން ޙާފިޘް އަދި އިތުރު 8 ފަރާތެއް( ޤަޟިއްޔާ ކަމުގައިވާއިރު، އިސްތިއުނާފުކުރާ ފަރާތުން ޙަވުލާދޭ ރައުޔަކީ އެ ޤަޟިއްޔާގެ ތަފާތުވާ ރައުޔކަމުގައެވެ. ތަފާތުވި ރައުޔަކީ މައްސަލައެއްގެ decidendi ratio ގ ތެރޭގައި ހިމެނޭ ރއުޔއްނޫންކަމަށާއި، އެއީ އެ ކޯޓުގެ ނިންމުމެއްކަމުގައި ބެލެވޭނެ ޤާނޫނީ އަސާސެއް ނެތްކަމުގައެވެ. އެހެންކަމުން، މިއީ ބުރަދަނެއް ހުރި ނުކުތާއެއް ނޫންކަމުގައެވެ.

45ބަހުސްގެ ބޭނުމަށް، clean hands doctrine އާ ގުޅުވައިގެން ވާހަކަދެއްކިނަމަވެސް، ފައިސާ ދެއްކުމަށް ޝަރުޠުކުރިކަމަށ ބުން އިސްތިއުނާފުކުރެ ފަރާތުން ހުށަހަޅާފައިވާ ވާހަކައަކީ އެއްވެސ އަޞްލެއްނެތް ވާހަކަކަމަށިއި، އެއީ ފައިސާ ދެއްކުމަށް ޝަރުޠުކޮށް އެއްވެސް ޝަރުޠެއް އެއްވެސ އިރަކ އިސްތިއުނާފުކުރު ފަރާތުން މުޢާމަލާތުކޮށްފައިނުވާތީ ކަމުގައެވެ. ނުކުރާ ޝަރުޠެއް ކުރްކމަށ ބުނެ، އެއްވެސް އަސާސެއްނެތި މިފަދަ ދަފްޢު ހުށަހަޅައި، doctrine hands cleanގެ ވާހަކަދެއްކުމަކީ އ doctrine އަށް ކުރެވޭ މަލާމާތެއްކަމުގައެވެ.

46ހަތަރުވަނަ އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން ފުރަތަމަ ޤާއިމުކޮށްދޭންޖެހޭނީ އެ ފަރާތަށް ގެއްލނުފުރުޞަތު އޮތްގޮތްކަމުގައެވެ. އަމުރަކުން ލިބޭންނުވަތަ ލިބިދާނެ ގެއްލުމަކީ ހެކިތަކުން ފެންނަންޖެހޭ ގެއްލުމެއްކަނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ނަންބަރު 2024/SC-A/08 މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންޕރާސްޓްރަކްޗަރް އަދި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީ )ދިވެހި ދައުލަތް( ވ. ޙުމައިދާ ޢަބްދުލްޣަފޫރު ޤަޟިއްޔާއިން ސާފުކަމުގައެވެ.

47މ މައްސަލައަށް ބަލާއިރު،ވާހަކަދެކެވެމުންދާ ފލެޓީކީ އިމާރާތްކޮށް ނިމިފައިވާ ތަނެއްނޫންކަމަށާއި، މިއީ ވަޒީފާއާބެހޭޓްރައިބިއުނަލްގައިވެސް ދެ ފަރާތުން ބަލައިގަނެފައި އޮތްކަމެއް ކަމަށާއި، އެހެންކަމުން އެ ތަން ވަގުތީ ގޮތުން ބޭނުންނުކުރެވިގެން އިސްތިއުނާފުކުރާ ފަރާތަށް ލިބޭނެ ގެއްލުމެއް ނެތްކަމަށާއި، މި ޙާލަތުގައި އިސްތިއުނާފުކުރާ ފަރާތަށް ގެއްލުން ލިބޭނެ ގޮތަކީ ކޮބައިކަނަވަޒީފާއާބެހ ޓްރައިބިއުނަލްގައިވެސް އެ ފަރާތުން ބުނެދީފައިނުވާކަމްށއި، އަދި ލިބޭނެ ގެއްލުމާ ގުޅޭ ގޮތުނ ހެއްކެއް ހުށަހަޅާފައިނުވާކަމުގައެވެ.

48އިމާރާތްކޮށް ނުނިމޭ ފްލެޓަކުން ތަޞައްރަފު ނުކުރެވޭނެކަމީ ސާފުކަމެއްކަމެށެއި، އަދި ބަހުސްގެ ބޭނުމަށް އިސްތިއުނާފު ރައްދުވާ ފަރާތަށް މައްސަލަ ކާމިޔާބު ނުކުރެވޭ ޙާލަތުގައި އެތަން ވިއްކާލުމުގެ ފުރުޞަތު އިސްތިއުނާފުކުރާ ފަރާތަށް ފަހިވެފައި އޮންނާނެކަމުގައެވެ. މީގެ އިތުރުން، ކުރިންވިޔަސ ފަހުންވިޔަސ މާކެޓް ރޭޓުގައި ނުވަތަ އޯޕަން މާކެޓްގައ އިސްތިއުނާފުކުރި ފަރާތުން އެ ފްލެޓް ވިއްކައިފިނަމަ، އެ ފަރާތަށް ލިބޭނީ ފައިދާކަމުގައެވެ. މިކަންކަމަށް ބަލާއިރު،ސުޕްރީމް ކޯޓުގް ނަންބަރ 2024/SC-A/08 މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންޕްރާސްޓްރަކްޗަރ އަދި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީ )ދިވެހި ދައުލަތް( ވ. ޙުމައިދާ ޢަބްދުލްޣަފޫރު ޤަޟިއްޔާއަށް ރިޢާޔަތްކުރަންޖެހޭ ޙާލަތެއް ނެތްކަމުގައެވެ.

49ފަސްވަނަ އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދީފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/277 ދ.ކުޑަހުވަދޫ ކައުންސިލްގެ އިދާރާ ވ. އިސްމާޢީލް ރަޝީދުޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ 'އެކަށަ ގެންވާ ފަރުވާއެއްގެ ގޮތުގައި ބަދަލުދެވޭނެމަ" ވަގުތީ އަމުރު ނެރުމަށް ހުރަސްއެޅޭނެ ވާހަކަކަމޮށާއި، އެކަށީގެންވާ ފަރުވާއެއްގެ ގޮތުގައި ބަދަލު ދިނުމަކީ ކުބައިތޯ އިސްތިއުނާފުކުރ ފަރާތުން ތަފްޞީލުކޮށްދީފައިނުވާކަމަށާއި، އެހެނަސް މިކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2018/HC-A/305 ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު އިބްރާހީމް މަނިކު ޤަޟިއްޔާގެ ނިންމުމުގައި ތަފްޞީލުކޮށްދީފައިވާކަމުގައެވެ.

50މިއަށް ރިޢާޔަތްކުރާއިރު، އިސްތިއުނާފުކުރާ ފަރާތަކީ، އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބޭނެ ގެއްލުމަށ ބަދަލް ދެވޭނެ ފަރާތެއްކަން އެނގޭނެ ހެއްކެއް ހުށަހަޅާފައިނުވާކަމަށާއި، މި ދެކެވެނީ ފުރުޞަތު އަގުކުރުމ ގުޅާ ކަމެއްކަމުން، އެ ފުރުޞަތގ އަގު ވަޒަންކުރުމަކީ އުދަނގޫކަމެއް

51އިސްތިއުނާފުކުރާ ފަރާތުން ބޭނުންވާ ގޮތަކަށް އެ ފްލެޓް ގުޅާ ގޮތުން މުޢާމަލާތްކުރުމަށް ދޫކޮށްލައިފިނަމަ، އެ ތަނުގެ މައްޗަށް ތިންވަނަ ފަރާތެއްގެ ޙައްޤު ވުޖޫދުވުމުގެ އހޭ ތިމާލު އޮތްކަމަށާއި، އެހެންވެއްޖެނަމަ، މުވައްޒަފަށް ލިބިދީފައި އޮތް ފުރުޞަތު އިއާދަކުރުމަށް ހުރަސްއެޅި، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ )ހ( ގެ )1( ވަނަ ނަންބަރުގައިވާ ޤާނޫނީ ފަރުވާގެ ފުރިހަމަ މަންފާއިން އިސްތިއުނާފު ރައްދުވާ ފަރާތް މަޙުރޫމުވެގެންދާނެ ކަމުގައެވެ.

52އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނި އީ ންނަނިވ ކަންކަމަށެވެ.

52.1. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 200-VTR/VA/2024/25 ވަގުތީ އަމުރު ނެރުމުގެ އިޚްތިޞާޞްވަޒީފާއާބެހޭ ޓްރައިބިއުނަލއަށް ލިބިގެންވާކަމަށް ކަނޑައަޅައިދިނުމަށާއި،

52.2. އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ބާޠިލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައިދިނުމަށާއި،

52.3. އެއްވެސް ހެއްކެއް ހުށަހެޅުމަކާ ނުލައި، ގެއްލުން ލިބޭނެކަމުގެ އިހުތިމާލުއޮތްގޮތެއްވެސ ބުނެދިނުމަކާ ނުލައި، އަދ ލިބިދިން ގެއްލުމުގެ މިންވަރަށްވެސް ބަޔާންކުރުމަކާ ނުލައި،އަދ އިމާރާތްކޮށް ފުރިހަމަވެފައިނުވިއިމާރާތެއްގައްއްމާރާތްކުރުމަށް ހަމަޖެހިފައިވާ ފްލެޓެއް ބޭނުންކުރުން ވަގުތީގޮތުން ހުއްޓާލުމުން އިސްތިއުނާފުކުރާ ފަރާތަށް ލިބޭނެ ގެއްލުމެއް ނެތްކަން އެނގެން އޮއްވާ "ފްލެޓުން ތަސައްރުފުކުރުނ ހުއްޓިފައިވާ މުއްދަތުގައި އެޗް.ޑީ.ސީއަށް ލިބިފައިވާ ގެއްލުމުގެ ޒިންމާ" އިސްތިއުނާފު ރައްދުވާ ފަރާތުން އުފުލަންޖެހޭނެކަމަށ ކަނޑައެޅެން ނެތްކަމަށާއި، އަދި ޔަޤީންކަށަވަރުކަމަކީ ނުވަތަ UNDERTAKING އަކީ "ގެއްލުމުގެ ޒިންމާ އުފުލުމަށް ކަނޑައެޅުން" ނޫންކަމަށް ކަނޑައަޅައި، އެއީ ޚަޞްމެއްގެ ފަރާތުން ދޭ ޔަޤީންކަމެއްކަމަށް ކަނޑައަޅައިދިނުމަށާއި،

52.4. ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނ( )މީގެ ފަހުން "މަދަނީ އިޖުރާއަތުގެ ޤާނޫނު"(ގ 270 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މި އިސްތިއުނާފީ މައްސަލައިގެ ޚަރަދުގެ ގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ޚަރަދުކޮށްފައިވާ 15,000/-ރ. )ފަނަރަހާސް ރުފިޔާ( ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅުމުގެ ޙައްޤު އޮތްކަމަށް ކަނޑައަޅައިދިނުމަށާއި،

52.5. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމުގައި ގޯހެއް އޮތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ބުރަވެވޭ ޙާލަތެއްގައި، އެކަމާ ގުޅޭ ޤާނޫނިއުޞޫލު ކަނޑައެޅުމާއެކު،އ އުޞޫލުގެ އަލީގައި އަލުން ގޮތް ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވޮނ މާއްދާގަ )ށ( ގެ ދަށުން ތަހުވީލުކްށްދިނުމަށ ނުވަތް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅައި ކަންކަމުގެ އަލީގައި އަލުން ވަގުތީ އަމުރަކަށް އެދުމުގެ ޙައްޤު އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިގެންވާކަމަށް ކަނޑައަޅައިދިނުމަށެވެ.

ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް

53މި މައްސަލައިގައި ޝަރީޢަތުގެ ކުރިމަތީގައި އޮތީ އަންނަނިވި ސުވާލުތަކެވެ.

53.1. އިސްތިއުނާފުކުރެވޭ އަމުރާއި މެދު ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ގޮތް ކަނޑައަޅާފައިވަނީ އެކަމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ލިބިގެންނުވާ ޙާލަތެގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 57 ވަނަ މާއްދާގެ )ހ( އާ ޚިލާފަށްތޯ؟

53.2. އިސްތިއުނާފުކުރެވޭ އަމުރާއި މެދު ގޮތް ކަނޑައެޅުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ލިބިގެންވާކަމުގައ ބެލެވޭ ހިނދު،

53.2.1. އިސްތިއުނާފުކުރެވޭ އަމުރު ނެރެފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާ ޚިލާފަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2021/SC-A/21 ނެކްސްބިޒް ލިމިޓެޑް )އޮސްޓްރޭލިޔާ( ވ. އެންޓި ކޮރަޕްޝަން ކޮމިޝަންޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2021/HC-A/310 އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ފިނޭންސްޤަޟިއްޔާއާއި، އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2021/HC-A/277 ދ.ކުޑަހުވަދޫ ކައުންސިލްގެ އިދާރާ ވ. އިސްމާޢީލް ރަޝީދުޤަޟިއްޔާގައ ކަނޑައަޅާފައިވި ދަޢުވާ ކާމިޔާބުކުރުމުގެ އަސާސީ އަދި ޙަޤީޤީ އިހތިމާލެއ ނެތް ނެތުމަށް ރިޢާޔަތްނުކޮށްތޯ؟

53.2.2. އިސްތިއުނާފުކުރެވޭ އަމުރު ނެރެފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދގާ )ރ( އާ ޚިލާފަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2022/HC-A/426 ދިވެހި ދައުލަތް )މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން( ވ. ޙުސައިން ޙާފިޘް އަދި އިތުރު 8 ފަރާތެއް( ޤަޟިއްޔާގެ 34 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ clean hands doctrine އަށް ރިޢާޔަތްނުކޮށްތޯ؟

53.2.3. އިސްތިއުނާފުކުރެވޭ އަމުރު ނެރެފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދގާ )ރ( އާ ޚިލާފަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2024/SC-A/08 މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އަދި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރމަންޓ އެންޑް އެނަރޖީ )ދިވެހި ދައުލަތް( ވ. ޙުމައިދާ ޢަބްދުލްޣަފޫރު ޤަޟިއްޔާގެ 26 ވަނީ ނުކުތާއަށް ރިޢާޔަތްނުކޮށް، މައުޟޢޫ ދަޢުވް އިސްތިއުނާފުކުރާ ފަރާތާ އެއްކޮޅަށް ނިމޭ ޙާލަތުގައި ފްލެޓުން ތަސައްރަފުކުރުން ހުއްޓިފައި އޮތް އޮތުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޒިންމާވާންޖެހޭނެކަމަށ އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ހުށަހެޅުމަށް ރިޢާޔަތްނުކޮށްތޯ؟ އަދި މި އިސްތިއުނާފުގެ ތެރެއިން، ވަޒީފޫއާބެހޭ ޓްރައިބިއުނަލްގެ މި ނިންމުމަށް ތާއީދުކުރި ޙާލަތުގައި، މައުޟޢޫ މައްސަލް އިސްތިއުނާފުކުރަ ފަރާތާ އެއްކޮޅަށް ނިމޭ ޙާލަތުގައި، ފްލެޓުން ތަސައްރަފުކުރުން ހުއްޓިފައިވާ މުއްދަތުގައި އިސްތިއުނާފުކުރާ ފަރާތަށް ލިބިފައިވާ ގެއްލުމުގެ ޒިންމާ އިސްތިއުނާފު ރައްދުވާފަރާތުން އުފުލަންޖެހޭނެކަމުގައި ކަނޑައެޅޭނެތޯ؟

53.2.4. އިސްތިއުނާފުކުރެވޭ އަމުރު ނެރެފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދގާ )ރ( އާ ޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/277 ދ.ކުޑަހުވަދޫ ކައުންސިލްގެ އިދާރާ ވ. އިސްމާޢީލް ރަޝީދުޤަޟިއްޔާ އާއިދިވެހިރާއްޖޭގ ހައިކޯޓުގެ އަމުރު ނަންބަރ 95-B4/CHT/2023/240 "ވަގުތީ އަމުރާމެދު ނިންމި ގޮތް"ގެ 6 ވަނަ ނުކުތާއާ ޚިލާފަށް ތަދާރުކުނުކުރެވޭނ ނުވަތެ ފައިސާއިން ބަދަލު ދެވޭނީ ގެއްލުމަކަށްވީނަމަވެސް، އެކަމަށް ރިޢާޔަތްނުކޮށްތޯ؟

53.3. އިސްތިއުނާފު ރައްދުވާ ފަރާތުންއެދޭ އެދުމުގެ މައްޗަށް ބިނާކޮށް،މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 270 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އިސްތިއުނާފީ މައްސަލައިގެ ޚަރަދުގެ ގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ޚަރަދުކޮށްފައިވާ 15,000/- ރ. )ފަނަރަހާސް ރުފިޔާ( ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅުމުގެ ޙައްޤު އިސްތިއުނާފު ރައްދުވާ ފަރާތަށް އޮތްކަމަށް ކަނޑައެޅޭނެތޯ؟ އިސްތިއުނާފުކުރެވޭ އަމުރާއިމެދު ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ގޮތް ކަނޑައަޅާފައިވަނީ އެކަމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ލިބިގެންނުވާ ޙާލަތުގައި،ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނުގެ 57 ވަނަ މާއްދާގެ )ހ( އާ ޚިލާފަށްތޯ؟

54އިސްތިއުނާފުކުރެވި ވަގުތީ އަމުރު ނެރުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ލިބިދެވޭކަމަށް އެ އަމުރުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވެއެވެ. އަދި މ އިޚްތިޞާޞް ވަޒީފާއާބެހް ޓްރައިބިއުނަލްއަށް ލިބިދެނީ އަޙްމަދު އިސްމާޢީލްއަށް ފްލެޓެގަތުމުގެ ފުރުޞަތު ލިބިފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފެއްގެ ހައިސިއްޔަތުން އަޙްމަދު އިސްމާޢީލް އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއާ ދެމެދު އުފެދިފައިވާ ވަޒީފާގެ ގުޅުމުގެ ސަބަބުންކަން އެނގެންއޮންނާތީ ކަމުގައިވަޒީފއާބެހ ޓްރައިބިއުނަލުން ނިންމާފައިވެއެވެ.

55މި ނިންމުން ޤާނޫނީ އުޞޫލާއި ޚިލާފުކަމަށް މި އިސްތިއުނާފުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ބުނާ ބުނުމުގައި ޙަވާލާދެނީ،ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނުގެ 57 ވަނަ މާއްދާގެ )ހ( އަށާއި، އެ ޤާނޫނުގެ ޖަދުވަލު 1 ގައި "މުދަލާއި ގޯތިގެދޮރާއި ތަރިކައާބެހޭ" މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ ސިވިލް ކޯޓަށް ކަމުގައި ބަޔާންކުރާ ކުރުމަށެވެ. މިއީ ޙަވާލާދީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ބުނެފައިވަނީ ފްލެޓާއ ގުޅި ގޮތް ން ވަގުތީ އަމުރު ނެރުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ލިބިގެންނުވާކަމުގައެވެ.

56މ ހިސާބުން މި އިސްތިއުނާފުކުރެވޭ ވަގުތީ އަމުރުގެ މައުޟޫ ޢ މައްސަލައަކީ ކޮބައިތޯ ދެނެގަތުން މުހިންމެވެ. އެހެން،ދިވެހިރާއްޖޭގޭކޯޓުތަކުގ ޤާނޫނުގެ ޖަދުވަލުތަކަކީ ވަކި ކޯޓުތަކަށް ހުށަހެޅ މައްސަލަތަކަށް ޚާއްޞަވާ ޖަދުވަލުތަކަކަށްވާތީއެވެ. މިސާލަކަށް، މަދަނީ މައްސަލަތަކުގެ ތެރެއިން ޢާއިލީ މައްސަލަތައް ފިޔަވައި އެންމެހާ މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެންވާއިރު، ސިވިލް ކޯޓުން ބަލާ މައްސަލަތުއ ޖަދުވަލު 1 ގައި ބަޔާންކުރެއެވެ.އޭގެ ތެރޭގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން މި އިސްތިއުނާފުގައި ބުނާ ފަދައިން "މުދަލާއި ގޯތިގެދޮރާއި ތަރިކައާބެހޭ" މައްސަލަތައް ހިމެނެއެވެ.

57އަޙްމަދު އިސްމާޢީލް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅާފައިވާ މައްސަލައަކީ ކޮބައިތޯ ބަލާއިރު، އަޙްމަދު އިސްމާޢީލް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލަ ހުށަހަޅާ ފޯމުން، އެއީ ޤާނޫނ ޚިލާފަށް ވަޒީފާއިން ވަކިކުރުމާއި މުސާރަ ނުދިނުމުގެ ބާވަތުގެ މައްސަލައެއްކަން އެނގެއެވެ. އެއްވެސ މި މާއްދާގައިވަނީ ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން ސިވިލް ކޯޓުގެ އިޚްތިޞާޞް މި ޤާނޫނުގެ ޖަދުވަލު 1 ގައި، ކްރިމިނަލް ކޯޓުގެ އިޚްތިޞާޞް މި ޤާނޫނުގެ ޖަދުވަލު 2 ގައި، ފެމިލީ ކޯޓުގެ އިޚްތިޞާޞް މި ޤާނޫނުގެ ޖަދުވަލު 3 ގައި އަދި ޖުވެނައިލް ކޯޓުގެ އިޚްތިޞާޞް މި ޤާނޫނުގެ ޖަދުވަލު 4 ގައި، ބަޔާންކޮށްފައިވާ ކަމުގައެވެ. ޙާލެއްގައި އެއީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކުރާ "މުދަލާއި ގޯތިގެދޮރާއ ތަރިކައާބެހޭ" ބާވަތުގެ މައްސަލައެއްނޫނެވެ.

58ވްޒީފީ އާބެހޭ ޓްރައިބިއުނަލްއަށް އަޙްމަދު އިސްމާޢީލް ހުށަހެޅި މައްސަލައިގެ ފޯމާއި، އަދި އެ ފޯމަށާ ގެނެވުނ އިޞްލާޙު އެކުއެކީގައި ކިޔުމުން، އަޙްމަދު އިސްމާޢިލްގެ ފަރާތުން އެދިފައިވާ ފަރުވާގެ ތެރޭގައި، އަޙްމަދު އިސްމާޢީލްއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތެއް ކަމުގައި ނުބެލުމަށް ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ )ހ( ގެ )1( ވަނަ ނަންބަރްގު ދަށުނ ކަނޑައަޅައިދިނުމަށާއި، މުވައްޒަފު އަދާކުރަމުންދިޔަ ވަޒީފާގެ ސަބަބުން ގަތުމުގެ ފުރުޞަތު ލިބިދިން އަދި އެތަން ގަތުމުގެ ފުރުޞަތު ކާމިޔާބުކޮށްފައިވާ އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން އިމާރާތްކުރަމުނދ 'ކްރީކް ރެސިޑެންސް' ގެ ޔުނިޓް 2F-A7 ގަތުމުގެ ފުރުޞަތުފަދަ 20 ޑިސނެ ބަރް 2023 އާ ހަމައަށް މުވައްޒަފަށް ލިބިދީފައި އޮތް އަދި ލިބެމުންދިޔަ އެންމެހާ ފުރުޞަތުތަކއި އިނާޔަތްތަކާއިއެކ މުވައްޒަފު ހުރު މަޤާމަށް ރުޖޫއަކުރުމަށް ކަނޑައަޅައި، އިންސާފުވެރި ބަދަލެއް ދިނުމަށް ކަނޑައަޅައި،ސަބަބެއް އަދި އަސާސެއް ނެތި މުސާރަ ހިފެހެއްޓުމުން އަސާސީ ހައްޤަކަށް އަރައިގަނެފައިވާތ aggravated އަދި punitive ޑްމޭޖެސް ނަގައިދިނުމަށާއި، އަދާ ވަޒީފާ އިއާދަކޮށްނުދޭނަމަ އަދުލުވެރި ބަދަލެއް ކަނޑައަޅައި، މި ބަދަލު ކަނޑައެޅުމުގައި އަޙްމަދު އިސްމާޢީލްއަށް ވަޒީފާއިން ވަކިކުރުމުން އޭނާއަށް ލިބިފައިވާ ފްލެޓް ގެއްލިގެންދާނެކަމަށް ރިޢާޔަތްކޮށް، aggravated އަދި punitive ޑްމޭޖެސ ނަގައިދިނުމަށް އެދިފައިވެއެވެ.

59މައިގަނޑު ފަރުވާއަކީވަޒީފއަށް އަނބުރާ ރުޖޫއަކުރުމެވެ. އަދި އޭނާގެ ވަޒީފާގެ ގޮތުން ލިބިފައިވާ ފުރުޞަތުތަކާއި މަންފާތައްވެސް ޤާއިމުވާފަދައަކުނ މިކަން ކުޅައުމެވެ.

60އަޙްމަދު އިސްމާޢީލް ހުށަހެޅި މައްސަލައިގައި އެ ފަރާތުން އެދިފައިވާ މައިގަނޑު ފަރުވާ ބިނާކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ )ހ( ގެ )1( ވަނަ ނަންބަރަށެވެ. އެއީ، މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ، އެކަށީގެންވާ ސަބަބެއް ނެތިކަމަށްވަޒީފާއާބެހ ޓްރައިބިއުނަލއަށ ފެނިއްޖެހިނދެއްގައި،އެމުވައްޒަފަކު ކުރިނު އަދާކުރަމުންދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށާއި އޭނާއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށް އަމުރުކުރމަށ ވަޒީފާއާބެހް ޓްރައިބިއުނަލްއަށް ލިބިދޭ ޤާނޫނީ ޙައްލުގެ މައްޗަށެވެ.

61ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 13 ވަނަ މާއްދާގައި އެ ޓްރައިބިއުނަލްގެ އިޚްތިޞާޞް ބަޔާންކުރާއިރު،ވަޒީފްދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތާ ދެމެދު އުފެދޭ ޚިލާފުތައް ބަލައި، ވަޒީފާއާބެހޭ ޤާނޫނުއ ޚިލާފުނުވާ ގޮތެއްގެ މަތިން، ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ރަނގަޅުކަމަށް ފެންނަގޮތަކަށ މައްސަލަ ނިންމުމުގެ ފުރިހަމަ ބާރު އެ ޓްރައިބިއުނަލްއަށ ލިބިގެންވާކަމަށް ބަޔންކުރެއެވެ.އެ ޓްރައިބިއުނަލްއަށް ބެލިދާނެ މައްސަލަތަކުގެ ތެރޭގައައެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރިކަމަށް ބަޔާންކޮށް، ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ހުށަހަޅާ މައްސަލަތއ ހިމެނޭކަން ބަޔާންކުރެވިދިޔަ މާއްދާއަށް ބެލުމުން އެނގޭހިނދު،މިއީ ޤާނޫނީ ޚިލާފަށްވަޒީފާއިނ ވަކިކޮށްފައިވާކަމަށ ބުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް އަޙްމަދު އިސްމާޢީލް ހުށަހަޅާފައިވާ މައްސަލައެއްކަން ސާފެވެ.

62ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ލިބިދީފައިވާ އިޚްތިޞާޞްގެ ތެރެއިން މައްސަލަތައް ބަލަމުންދާހިނދު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 16 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ވަގުތީ އަމުރު ނެރުމުގެ ބާރު އެ ޓްރައިބިއުނަލްއަށް ލިބިދީފައިވެއެވެ.މީގެ އިތުރުން، ޓްރައިބިއުނަލްއިން މައްސަލަ ނިންމިދާނެގޮތްތަކުގެ ތެރޭގައި، ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަމުރުކުރުމާއި، ވަޒީފާއިން ވަކިކޮށްފައިވާ މީހަކަށް އަނބުރާ ވަޒީފާ ދިނުމަށް އަމުރުކުރުމާއި، މީހަކަށް ގެއްލިފައިވާ މަންފާއެއް ނުވަތަ ފަސޭހައަށުއަނބުރ އާ މީހަކަށް ލިބޭނެގޮތް ހެދުމަށް އަމުރުކުރުމާއި، ބަދަލު ދިނުމުގެ އަމުރުކުރުމުގެ އިތުރުން، އެ މައްސަލައިގައި އިންސާފު ޤާއިމުކުރުމަށްޓަކައި ނެރެންޖެހޭކަމަށް ފެންނަ ކޮންމެ އަމުރެއް ކުރުމުގެ ބާރު، މައްސަލަ ބަލާ މަޖިލހަށ ލިބިގެންވާކަން ވަޒީފާއާބެހް ޓްރައިބިއުނަލްގެ ގަވާއިދުގެ 105 ވަނަ މާއްދާގައި ބަޔާންކުރެއެވެ.

63ވަޒީފާއާބެހޭޓްރައިބިއުނލްގެ ނަންބަރ 200-VTR/VA/2024/4 )08 ފެބުރުވަރީ 2024( "ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ގޮތް" )ފުރަތަމަ އަމުރު( ގައި ނެރެފައިވާ ވަގުތީ އަމުރަކީ އެ ޓްރައިބިއުނަލްއަށް ލިބިދީފައިވާ އިޚްތިޞާޞްގެ ތަރަހައިގެ ތެރެއިން ނެރެފައިވާ އަމުރެއް ކަމާމެދު ދެބަސްވުމެއްނެތެވެ. ދެބަސްވުމެއް އޮތީ، މއިސްތިއުނާފުކޮށްފައިވް ވަޒީފާއާބެހޭޓްރައިބިއުނަލގެ ނަންބަރ 200-VTR/VA/2024/25 )03 ޖުލައި 2024( "ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމް ގޮތް" ގައި ނެރެފައިވާ ވަގުތީ އަމުރު ނެރުމަކީ އެ ޓްރައިބިއުނަލްއަށ ލިބިފައިވާ އިޚްތިޞާޞްގެ ތެރެއިން ނެރެފައިވާ އަމުރެއްކަމާމެދުއެވެ.

64އަޙްމަދު އިސްމާޢީލްގެ ފަރާތުން ހުށަހަޅާފައިވާ މައުޟޫޢީ މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ބެލުމުގެ އިޚްތިޞާޞް ލިބިދީފައިވާ މައްސަލައެއްކަމާމެދު ބަހުސެއްނެތެވެ. ބަޔާންކޮށްފައިވާ ބަހުސްގެ ތެރެއިން، ޖަވާބުދޭއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ލިބިދޭ އިޚްތިޞާޞްގެ ދާއިރާއިން ބެލެވޭ މައްސަލައެއްގައި އެ ޓްރައިބިއުނަލުން ވަގުތީ އަމްރު ނެރުމަކީ އ ޓްރައިބިއުނަލްއަށް ކުރެވޭނޭކަމެއްކަނ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 16 ވަނަ މާއްދާއިން ސާފެވެ. އެ މާއްދާއިން ވަގުތީ އަމުރުގެ މިންގަނޑުވެސް ސާފެވެ. އެއީ އެ ޓްރައިބިއުނަލްއިނ ބަލަމުންދާ މައްސަލައެއްގެ ޙާލަތށްރިޢާޔަތްކޮށް، އެ މައްސަލައިގައި ވަގުތީ އަމުރެއް ނުނެރެފިނަމަ، އެ މައްސަލައިގައި ހިމެނޭ ފަރާތެއްގެ މަޞްލަޙަތަށް އުނިކަމެއް ލިބިދާނެކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ފެނުމެވެ.

65HN1ހުށަހެޅިފައިވާ މައްސަލައެއްގެ ތެރެއިން ވަގުތީ އަމުރު ނެރުމުގެ ބާރު ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ލިބިދީފައިވާއިރު، ވަގުތީ އަމުރުގެ އިޚްތިޞާޞްވެސ ބިނާވާން ހުށަހެޅިފައިވާ މައްސަލައިގެ މައުޟޫޢުގެ މައްޗަށެވެ.

66ކޯޓަކަށް ނުވަތަ ޓްރައިބިއުނަލްއަކަށ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް، މި ޙާލަތުގައި ވަގުތީ އަމުރަކ ގުޅިގެނާ ގޮތެއް ނިންމުމުގެ އިޚްތިޞާޞް ލިބިގެންވޭތޯ ނުވަތަ ނޫންތޯ ބެލުމުގައި އ މައުޟޢާމައްސަލަ ފަރުވާކުރެވިފައިވ ގޮތަށާ ބިނާވާނެއެވެ. ދަޢުވާ ފަރްމުކުރެވިފައިވާގޮތުނ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިދެވޭ ގޮތް ނުވަތަ ގެއްލިގެންދާ ގޮތް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-C/37 ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު ވ. ރައްޔިތުންގެ މަޖިލީހުގެ އިދާރާ )ދިވެހި ދައުލަތް( ޤަޟިއްޔާގައި ތަފްޞީލުކޮށްފައިވެއެވެ.

67މިކަން ތަފްޞީލުކުރުމުގައި، މައްސަލައެއް ހުށަހަޅާއިރު، އެފަދަ މައްސަލައެއް އިބާރާތްކުރެވިފައިވ ގޮތުނާ މައްސަލް ހުށަހަޅަ ކޯޓުގެ އިޚްތިޞާޞް ނުހިނގާ ޙާލަތެއް މެދުވެރިވެރިވެދާނެކަމްއި،ށ މިސާލަކަށް، ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއެނުވަތ ނިންމަ ނިންމުމަކާ ޤާނޫނުއަސާސީއާ ޚިލާފު ނިންމުމެއްކަން ފެނިގެން، އެ މައްސަލަ ޤާނޫނުއަސާސީގެ 274 ވާނަމައްދާގެ )ހ( ގ ދަށުން، ދުސްތޫރީ މައްސަލައެއްގެ ސިފައިގައި މެޖިސްޓްރޭޓް ކޯޓށަހުށަހަޅައިފިނަމަ، އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް މެޖިސްޓްރޭޓް ކޯޓަށް ނޯވެދާނެކަމަ ށއި، އެހެނަސް ހަމަ އެމައްސަލ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގަ ދަށުން ހުށަހަޅައިފިނަމަ، އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް މޖިސްޓްރޭޓެ ކޯޓަށް އޮންނާނެކަމްށއި، ހަމަ އެފަދައިން، ދައުލަތުގެ އިދާރާއަކުން ނިންމާ ނިންމުމެއް ނުވަތަ ކުރާ ކަމެއްގެ ސަބަބުން ޤާނޫނެއް ނުވަތަ ގަވާއިދެއް ޤާނޫނުއަސާސީއާ ޚިލާފުކަމަށް ބެލެވޭނަމަ، އެފަދަ ދަޢުވާއެއް އިބާރާތްކުރާ ގޮތަކުން އެ ދަޢުވާ ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޚްތިޞާޞް ދިވެހިރާއްޖޭގ ހައިކޯޓަށްވެސް އޮވެދާނެކަން މި ޤަޟިއްޔާއިން ކަނޑައަޅާފައިވެއެވެ.

68މިކަން ވަގުތީ އަމުރުގެ މައްޗަށް ތަޠުބީޤުކުރާއިރު، މިކަން ވަޒަންކުރަންޖެހޭ މިންގަނޑަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށ ހުށަހަޅާފައިވް މައްސަލައަށް ނުވަތަ ހުށަހެޅުމަށް ބިނާވާ އަސާސަކީ އެ ކަމެއް ބަލައި، އެ ކަމާމެދު ގޮތް ކަނޑައެޅުމުގެ ބާރު ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ލިބިދީފައިވާ ކަމެއްތޯ ނުވަތަ ނޫނތ ކަމެވެ.

69މިކަމުގެ މައްޗަށް ބަލާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް އަޙްމަދު އިސްމާޢީލްގެ ފަރާތުން ހުށަހަޅާފައިވި މުޅި މައްސަލަ ބިނާވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނއާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީ، އެކަމުގެ މައްޗަށް ބިނާކޮށް ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ )ހ( ގެ )1( ވަނަ ނަންބަރުގެ ދަށުން އޭނާގެ ވަޒީފާގައި އަލުން ބެހެއްޓުމަށާއި، އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލުމަށް އަމުރުކުރުމަށެވޫ . މީގެ އިތުރުން، އަޙްމަދ އިސްމާޢލީ ހުށަހެޅް މައްސަލައިގެ މައުޟާޢު ގެ ތެރެއިން ފަރުވާއެއް ލިބިދިނުމަށް އޭންއިތުރ ކަންކަމަށްއެދިފައިވެއެވެ. އެއީ، އޭނާ އަދާކުރަމުންދިޔަ ވަޒީފާގެ ސަބަބުން، ގަތުމުގެ ފުރުޞަތު ލިބިދިން، އަދި ކާމިޔާބުކޮށްފައިވާ 'ކްރިކް ރެސިޑެންސް'ގެ ޔުނިޓް 2F-A7 ގަތުމުގެ ފުރުޞަތު ފަދަ 20 ޑިސނެ ބަރް 2023 އ ހަމައަށް މުވައްޒަފަށް ލިބިދީފައައޮތް އަދި ލިބެމުންދިޔަ އެންމެހައި ފުރުޞަތުތަކާއި އިނާޔަތްތަކާއެކު، އަޙްމަދު އިސްމާޢީލް ހުރި މަޤާމަށް ރުޖޫޢަކޮށްދިނުމށެވެ.

70މ މައްސަލައިގެ ޙަޤީޤަތްތަކަށް ބަލާއިރު،އަޙްމަދު އިސްމާޢީލްއަށް 'ކްރިކް ރެސިޑެންސް' މަޝްރުންއ އިޚްތިޔާރުކޮށްފައިވާ، ނަންބަރ 2F-A7 އްޕަރޓްމަންޓް ގަތުމުގެ ފުރުޞަތު ލިބިފައިވީކަނާ އެނގެއެވެ. މިއީ ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ހިންގަމުންދާ މިކްސްޑް-ރެސިޑެންޝަލް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-C/37 )ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު ވ. ރައްޔިތުންގެ މަޖިލީހުގެ އިދާރާ )ދިވެހި ދައުލަތް(( ޤަޟިއްޔާގެ 80 ވަނަ ނުކުތާ ޕްރޮޖެކްޓްތަކުން އެޕަރޓްމަންޓްތައްހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑު ގ މުވައްޒަފުންނަށް ވިއްކުމަށްހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑއިންހުޅުވާލި ފުރުޞަތުގައި، އަޙްމަދު އިސްމާޢިލެހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑެގްމުވައްޒަފެއްގ ހައިސިއްޔަތުން އެއަށް ކުރިމަތިލުމުނ ލިބުން ފުރުޞަތެއްކަން އެނގެއެވެ. އަދި އަޙްމަދު އިސްމާޢީލް 20 ޑިސނެ ބަރް 2023 ގައި ވަޒީފާއިން ވަކިކުރިއިރު، އެ ފުރުޞަތު ދެމިއޮތްކަން އެނގެއެވެ. މިކަން އެނގެނީ، އަޙްމަދު އިސްމާޢީލްއަށް އެ ފުރުޞަތު ގެއްލިފައިވާކަމަށް ބުނެ އޭނާ ވަޒީފާއިން ވަކިކުރިތާ ގާތްގަޑަކަށް ދޮޅުމަސްފާއިތުވިފަހުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑގ ފަރާތުން 08 ފެބުރުވަރީ 2024 ގައި ފޮނުވި ސިޓީއިންނެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގާމ ސިޓި އަޙްމަދު އިސްމާޢީލްއަށް ފޮނުވުމުގެ ކުރިން، އަޙްމަދު އިސްމާޢީލޭވަޒީފޫ އާބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅާފައިވާ މައްސަލައިގެ މައުޟަޢަގައި ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން ނުވަތަ އެ ޓްރައިބިއުނަލުން ވަކި ގޮތަކަށް އަންގަންދެން، އަޙްމަދު އިސްމާޢިލް އަދާކުރަމުންދިޔް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ރިއަލ އެސްޓޭޓް ޑިވިޝަންގެ ރިއަލ އެސްޓޭޓް ލީގަލް ސެކްޝަންގެ މެނޭޖަރ ލީގަލް ސަރވިސަސްގެ މަޤާމަށް ދާއިމީ މުވައްޒަފަކު ޢޭއްޔަންނުކުރުމަށާއި، އެ މަޤާމަށް ދާއިމީ ގޮތެއްގައި އިތުރު މީހަކު ނެގުމަށް އެއްވެސް މަސައްކަތެއް ނުކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 08 ފެބުރުވަރީ 2024 ގ އަމުރުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް އަންގާފައިވެއެވެ.

71މިކަންކަމުގެ އަލީގައި މި މައްސަލައިގެ ޙަޤީޤަތްތަކަށް ބަލާއިރު، އަޙްމަދު އިސްމާޢީލް ވަޒީފާއިން ވަކިކުރިއިރުވެސް 'ކްރިކް ރެސިޑެންސް' އިނ އިޚްތިޔާރުކޮށްފައިވާ، ނަންބަރު 2F-A7 އިޕަރޓްމަންޓް ގަތުމުގެ ފުރުޞަތު ޤާއިމުވެ އޮތެވެ. މިއީ އޭނާއަށް ވަޒީފާގެ ގޮތުން ލިބުނު މަންފާއެކެވެ. އަދ ވަޒީފާއިން ވަކިކުރިއިރުވެސް އެކަން ބާޠިލުކޮށްފައިވާކަނ އެނގެން ނެތަތީ، އިހުތިމާލު އޮތީ މިއީ ދެމިއޮތް މަންފާއެއް ކަމުގައި ބެލުމެވެ.

72HN2ނަންބަރު 2F-A7 އުޕަރޓްމަންޓް ގަތުމުގެ ފުރުޞަތު ދެމިއޮތްއިރު، މި މައްސަލައިގެ މައުޟޫޢީ ފަރުމާކޮށްފައިވާ ގޮތނު، މިއީ އޭގެ ޒާތުގައި، ވަކިން އޮތ"މުދަލާއި ގޯތިގެދޮރާއި ތަރިކައާބެހޭ" މައްސަލައެއު ކަމުގައް ނުބެލެވޭނެއެވެ. މި މައްސަލައިގެ މައުޟީޢާ ގެ ތެރެއިން ދެކެވެނެވަޒީފީ ގ ގުޅުމުގެ ސަބަބުން އަޙްމަދު އިސްމާޢީލްއަށް ނަންބަރ 2F-A7 އެޕަރޓްމަންޓް ގަތުމުގެ ފުރުޞަތު ލިބުނުހިނދު، އެ މަންފާ ދެމިއޮތްކަމަށް ބަލައިދިނުމުގެ ވާހަކައެވެ.

73ވޫޒީފީ އާބޭހާ ޓްރައިބިއުނަލްއަށް އަޙްމަދު އިސްމާޢީލްގެ ފަރާތުން ހުށަހަޅާފައިވާ މައުޟޢޫ މައްސަލައިގެ ތެރެއިން، އޭނާ އެދިފައިވަނީވެސް އޭނާގެ ވަޒީފާގެ ގޮތުން އޭނާއަށް ލިބިދީފައިވާ ފުރުޞަތުތަކާއިއެކު، އޭނާ ވަޒީފާއަށް ރުޖޫޢަކުރުމަށްކަމުގައިވާއިރު، މީހަކަށް ގެއްލިފައިވާ މަންފާއެއް އެ މީހަކަށް ލިބޭނެގޮތް ހެދުމަށް އަމުރުކުރުމުގެ ބާރު ވަޒީފާއާބެހޭ ޓރައިބިއުނަލްގ ގަވާއިދުގެ 105 ވަނަ މާއްދާއިން އެ ޓްރައިބިއުނަލްއަށް ލިބިދީފައިވެއެވެ. އަދި ހަމައެއާއެކު، މައްސަލައިގައި ހިމެނޭ ފަރާތުގެ މަޞްލަޙަތަށް އުނިކަމެއް ލިބިދާނެކަމަށް ފެންނަނަމަ، އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރުމަކީވެސ ވަޒީފާއާބެހް ޓްރައިބިއުނަލްގެ ގަވާއިދުގެ 16 ވަނަ މާއްދާގަ )ހ( އިން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ލިބިދީފައިވާ އިޚްތިޔާރެކެވެ.

74ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑެގްފަރާތުން މި ބަހުސްގެ ތެރެއިން މި ކޯޓުގ ނަންބަރ 2022/HC-A/201 ޑެލްގްރޭންޑ ޕްރައިވެޓް ލިމިޓެޑް ވ. ޙުސައިން ފަޟީލް ޤަޟިއްޔާއާ ޙަވާލާދެއެވެ. މި ޤަޟިއްޔާގައި،ވަޒީފްއަދާކުރ ފަރާތާއި ވަޒީފާދިން ފަރާތާ ދެމެދު އޮތް ލޯނަކީ ގުޅިގެން، އެ ލޯނާމެދ ގޮތު ކަނޑައަޅައިދިނުމަށް ވަޒީފެއާބެހޭ ޓްރައިބިއުނަލްގައި އެދުނު ނަމަވެސް، މަދަނީ ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހެޅޭ މައްސަލަތަކާއި ދަރަނީގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް އެ ޓްރައިބިއުނަލްއަށް ލިބިގެންނުވާކަމަށް ބުރަވެވޭތީ އެ ބަދަލު ނަގައިދެވެން ނެތްކަމަށް ނިންމާފައިވެއެވެ. މި ނިންމުން ވަޒީފާދިން ފަރާތުނޭޠެއުނުކޮށްފައިވަނީ، އެ ނިންމުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 3-88 ވަނަ މާއްދާއާއިވަޒީފއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 3 ވަނަ މާއްދާއާ ޚިލާފުކަމަށް ބުނެއެވެ.

75އިސްވެ ބަޔާންކުރިދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައެނިންމާފައިވަނ، ވަޒީފާއާބެހޭ ޤާނޫނުގީ 88-3 ވަނަ މާއްދާއަކީވަޒީފް އާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގނާމީހުން ޙާޟިރުކުރުމާއި ލިޔެކިޔުންތައް ހޯދުމަށް އެ ޓްރައިބިއުނަލްއަށް ލިބިގެންވާ ބާރުތައް ބަޔާންކުރާ މާއްދާކަމަށްވެފައި، މި މާއްދާގައިވާ އުޞޫލު ޓްރައިބިއުނަލްގައި ނިންމި ނިންމުމާ ޚިލާފުވާގޮތެއް ވަޒު ފްދިން ފަރާތނީބަޔާންކޮށްދީފައިނުވާތީއާއި، އަދި ދަރަނީގެ މައްސަލަތައް ބެލުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށ އިޚްތިޞާޞް ލިބޭގޮތެއ ވަޒީފާދިން ފަރާތުން ބަޔާންކޮށްދީފައިނުވާތީ، މިއީ ޤާނޫނ ބަހުސެއ ހުށަހަޅާފައިވް ނުކުތާއެއްކަމުގައި ނުދެކކަމުގައެވ.

76މއ ޚިލާފަށާ މި މައްސަލައިގައި އަޙްމަދު އިސްމާޢީލްއަށް ވަޒީފާގެ ގޮތުން ލިބިފައިވާ ފުރުޞަތުތައް މި މައްސަލައިގެ މައުޟޫޢުގައި ބަޔާންކޮށްފައިވެއެވެ. ނަންބަރ 2F-A7 އިޕަރޓްމަންޓް ގަތުމުގެ ފުރުޞަތަކީ ވަޒީފާގެ ގުޅުމުގެ މައްޗަށް ބިނާވާގޮތަށް، އެ ތައާޤުދީ އަޤުދުގެ ތެރެއިން ހުށަހެޅ ހުށަހެޅުމެއްކަން އެނގޭހިނދު،މި މައްސަލައިގެ މައުޟިޢގެ ތެރެއިން، އެ ފުރުޞަތުތަކާއ އިނާޔަތްތަކާއެކު ވަޒީފާއަށް ރުޖޫޢަކޮށްދިނުމަށްވެސ އަޙްމަދް އިސްމާޢީލްގެ ފަރާތުން އެދިފައިވެއެވެ.

77އިސްވެ ބަޔާންކޮށްފައިވާ ކަންކަމުގެ އަލީގައި،މުވައްޒަފަކު ވަޒީފާއިން ވަކިކުރިކުރުމާއި ގުޅިގެން އުފައްދާ ޖަދަލުތަކއި ގުޅޫމައްސަލަތަކުގައި، އެ މުވައްޒަފަކަށް އޭނާ އަދާކުރަމުންދިޔަ ވަޒީފާގެ ގޮތުން ލިބިދީފައިވާ ފުރުޞަތުތަކާއި މަންފާތަކ ގުޅާ ވާޤިއާ އެ މައްސަލައިގެ މައުޟޢަގެ ތެރޭގައި، އަދާ އޭނާ އެދޭ ފަރުވާގެ ތެރޭގައި ޝާމިލުވާނަމަ، މުވައްޒަފަކު އަދާކުރަމުންދިޔްވަޒީފއާ ގުޅުވައިގެން އެ މީހަކަށް ލިބިފައިވާ ފުރުޞަތުތަކާއި މަންފާތައް އެފަދައިން ޤާއިމުވެފައިވާކަން ކަށަވަރުކުރުމުގެ ގޮތުން، އެކަން ރައްކާތެރިކުރުމަށް އަމުރުކުރުމަކީ، އެ ޓްރައިބިއުނަލްއަށް ލިބިދީފައިވާ އިޚްތިޔާރާއި ބާރުގެ ތެރެއިން އެ ޓްރައިބިއުނަލްއަށް ކުރެވިދާނެ ކަމެއް ކަން ބަޔާނވެދިޔެޤާނޫނީ ނައްސުތަކުން ކަށަވަރުވެގެންދެއެވެ. މިކަން ގުޅެނީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ )ހ( ގެ )1( ވަނަ ނަންބަރާއެވެ.

78އެހެނީ، މި މާއްދާގެ ދަށުން އެކަށީގެންވާ ސަބަބެއްނެތިވަޒީފޭއިން ވަކެކުރުމުނ މުވައްޒަފަށް ލިބިދޭ ޤާނޫނީ ޙައްލު ލިބިދެވޭއިރު، މުވައްޒަފެއްގިވަޒީފގެ ގުޅުމުން އޭނާއަށް ލިބިދޭ ފުރުޞަތުތަކާއ މަންފާތަކުގެ ރައްކާތެރިކަންވެސް އެ މުވައްޒަފަށް ލިބިދިނުމުގެ ބޭނުމުގައެވެ.

79މާ ސަބަބުތަކުގެ އަލީގައި، އަޙްމަދު އިސްމާޢީލް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅާފައިވާ މައްސަލައިގެ މައުޟ ޢގެ ތެރެއިންނާއި، އަދި އަޙްމަދު އިސްމާޢަލް އެދިފައިވާ ފަރުވާގެ ތެރެއިން، އްޙާމަދު އިސްމާޢީލް އެދިފައިވާ ވަގުތީ އަމުރު ނެރުމުގެ އިޚްތިޞާޞްވަޒީފޭއާބެހޭ ޓްރައިބިއުނަލްއަށ ލިބިދީފައިވާކަމުގައި ދެކާހިނދު، އިޚްތިޞާޞްއާ ގުޅިގެން ވަޒީފްއާބެހޭ ޓްރައިބިއުނަލް އިނީނިންމި ނިންމުމަކުދިވެހިރާއްޖޭގެ ކޯޓެތަކގ 57 ވަނަ މާއްދާގެ )ހ( އާ ޚިލާފު ނިންމުމެއް ކަމުގައި ނުދެކެމެވެ.

80އަޙްމަދު އިސްމާޢީލްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލިއް ށ ހުށަހެޅިވަގުތީ އަމުރާއި ގުޅޭ ގޮތުން ގޮތް ނިންމުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ލިބިދެވޭކަމަށް ދެކޭހިނދު، މ އިސްތިއުނާފުގައި ހިމެނޭ އެހެނިހެން ސުވާލުތަކަށް ޖަވާބުދިނީމެވެ. އިސްތިއުނާފުކުރެވޭ އަމުރު ނެރެފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާ ޚިލާފަށް ދަޢުވާ ކާމިޔާބުކުރުމުގެ އަސާސީ އަދި ޙަޤީޤީ އިހުތިމާލެއ ނެތް ނެތުމަށް ރިޢާޔަތްނުކޮށްތޯ؟

81މި އިސްތިއުނާފީ ނުކުތާގައި، އިސްތިއުނަފުކުރެވޭ އަމުރު ނެރެފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާ ޚިލާފަށްކަމަށް ބުނެ، އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދެނުދިވެހިރާއްޖޭގެ ސުޕްރީމް ކޯޓގ ނަންބަރު 2012/SC-A/21 ނެކްސްބިޒް ލިމިޓެޑް )އޮސްޓްރޭލިޔާ( ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާއާއި، އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/310 އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ފިނޭންސް ޤަޟިއްޔާއަދިދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރ 2021/HC-A/277 ދ.ކުޑަހުވަދޫ ކައުންސިލްގެ އިދާރާ ވ. އިސްމާޢީލް ރަޝީދު ޤަޟިއްޔާއަށެވެ. މިގޮތުން އިސްތިއުނާފުކުރާ ފަރާތުން ބުނާ ބުނުމަކީ، އިސްތިއުނާފުކުރެވޭ އަމުރު ނިންމާފައިވަނީ ބަޔާނވެދިޔް ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ ދަޢުވާ ކާމިޔާބުކުރުމުގެ އަސާސީ އަދި ހަޤީޤީ އިހުތިމާލެއ ނެތް ނެތުމަށް ރިޢާޔަތްނުކޮށް ކަމުގައެވެ.

82HN3ވަގުތީ އަމުރު ނެރުމުގައި ބަލަންޖެހޭ ޝަރުޠުތައް ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓގު ނަންބަރު 2012/SC-A/21 ނެކްސްބިޒް ލިމިޓެޑް )އޮސްޓްރޭލިޔާ( ވ. އެންޓި ކޮރަޕްޝަން ކޮމިޝަންޤަޟިއްޔާގައެވެ. މިގޮތުން މި ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޝަރުޠުތަކުގެ ތެރެއިން، މި ޖަދަލު ޚާއްޞަވަނީ، "ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޢޫ ޙައްޤެއ ނުވަތް ޤާނޫނަ މަރުކަޒެއް އޮތުމުގެ އްހި ތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންވުން “juris boni fumus”" މި އުޞޫލުގެ މައްޗަށެވެ.

83މ ޤަޟިއްޔާގައި މި އުޞޫލު ތަފްޞީލުކޮށްފައިވަނީ،ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތީ ނ ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަޤާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު ޤާއިމުވެގެންވ ކަމުގައި ބެލެވޭނީ އެ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް ހިމާޔަތްކުރާ ޤާނޫނ ގާއިދާއެއ އޮތުމު ންކަމުގައެވެ. މީގެ އިތުރުންވަގުތީ އަމުރަށް އެދި ހުށަހަޅާ ވަޤާއިޢުތަކަކީ އެފަދަ ޙައްޤެއް ނުވަތެޤާނޫނީ މަރުކަޒެއްވާކަމުގެ އިހު ތިމާލު ޤާއިމުވެގެންވާކަމުގައި ކޯޓުން ޤަބޫލުކުރެވޭ މިންވަރުގެ ކާފީ ވަޤާއިޢުތަކަށްވުމންކަމުގައެވެ.

84ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫ ޢުޙައްޤެއ ނުވަތް ޤާނޫނަ މަރުކަޒެއް އޮތުމުގެ އުހިތިމާލ ފާޅުކަނ ބޮޑް ގޮތެއްގައި ހާމަކޮށްދިނުމުގެ ގޮތުން، ދަޢުވާ ކާމިޔާބުވާނެކަމުގެ އަސާސީ އަދި ޙަޤީޤީ އެހުތިމާލެއ އޮތްކަން ދަޢުވާކުރާ ފަރާތުން ދައްކުވައިދޭންޖެހޭނެކަން ދިވެހިރާއްޖޭގެ ހައިކޯޓުގ ނަންބަރ 2021/HC-A/310 ޤަޟިއްޔާގެ ވަގުތީ އަމުރާމެދު ނިންމި ގޮތުގައި ފާހަގަކޮށްފައިވެއެވެ. މިއީ އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/277 ދ.ކުޑަހުވަދޫ ކައުންސިލްގެ އިދާރާ ވ. އިސްމާޢީލް ރަޝީދު ޤަޟިއްޔާގައިވެސް މިކަން ބަޔާންކުރާގޮތެވެ.

85ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތނު ހިމާޔަތް ލިބެންޖެހޭ މައުޟޫޢުޙައްޤެއ ނުވަތް ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު އޮތްކަން އެނގިގެންދަނީ އެކަމާ ގުޅޭ ގޮތުން ކޯޓަށް ހުށަހަޅާ މައްސަލައިގެ ވާޤިޢާތަކުންނެވެ. އެހެންކަމުން، އެފަދަ ވާޤިޢާއެއް އޮތްކަން ނުވަތަ ނތްކަންބަލައި ދެނެގަންނަންޖެހޭނީ ކޮންމެ މައްސަލައެއްވެސް ވަކިން (subjectively) ވަޒަންކުރުމަށް ފަހުއެވެ. މިފަދައިން ވަޒަންކުރުމުގައި ޢަމަލުކުރަންޖެހޭ އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/101 އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓު ސަރވިސަސް )މޯލްޑިވްސް( ޕްރައިވެޓް ލިމިޓެޑްޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ، ވަގުތީ ފިޔަވަޅު އެޅުމާ ގުޅޭ މައްސަލަތަކުގައި ކޯޓުން އަމުރު ނެރުމުގައި އިތުރު ބަހުސަކަށް ނުގޮސް ހުށަހަޅާ ކަންކަމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/21 )ނެކްސްބިޒް ލިމިޓެޑް )އޮސްޓްރޭލިއާ( ވ. އެންޓި ކޮރަޕްޝަން ކޮމިޝަން( އަމުރު ނަންބަރު B6/CHT/2022/10-95) 03 ޖަނަވަރީ 2022( އެކަންކަމުގެ ޙަޤީޤަތްތަކުގެ މައްޗަށް ނުފީނައި ފަނޑިޔާރަށް ވަގުތުން ގޮތް ކަނޑައެޅޭ ކަންކަމަށް ވާންވާނެކަމުގައެވެ.

86މި ކޯޓުގެ ނަންބަރު 2023/HC-A/318 ޢަލީ ޝަރީފު މުޞްޠަފާ މުޙައްމަދު ވ. ދިވެހި ދައުލަތް )މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ( ޤަޟިއްޔާގައި ފާހަގަކޮށްފައިވަނީ ވަގުތީ އަމުރަށް އެދޭ ފަރާތް ހިމާޔަތްކުރެވެންޖެހޭ މައުޟޢިޙައްޤު ފާޅުކަން ބޮޑުގޮތެއްގައި އޮތްކަން ބެލުމުގައި، ވަގުތީ އަމުރާމެދު ގޮތެއް ނިންމުމުގެ ބޭނުމަށް މަތިމަތިން ހެކި ވަޒަންކުރުމުން، ވަގުތީ އަމުރަށް އެދޭ ފަރާތުގެ ހުށަހެޅުމއްގުޅިގެނ ހެކިތަކުން ދޭހަވާ ވާޤިއާއަކާމެދު ކުރިއާލައި ވަކިގޮތެއް ނިންމުމަކާ ނުލައި، ޖުމްލަ ހެއްކަށް ރިޢާޔަތޫކީށ އެފަދް މައުޟޢްޙައްޤެއް އޮތުމުގެ ފުރުޞަތު ބޮޑުކަމުގެ މައްޗަށް ޝަރީޢަތުން ގޮތެއް ނިންމޭފަދަ މިންވަރަކަށް ކަންކަން ސާފުވާންވާނެކަމުގައެވެ.

87މިކަން ކުރުމުގައި، ޝަރީޢަތުން އާންމު އުޞޫލުން ބަލާނީ ހުށަހެޅިފައިވާ މައުޟޫ ޢްމައްސަލައިގައި ޝަރީޢަތުން ގޮތް ކަނޑައަޅަންޖެހޭ ރަނގަޅު ވާޤިއީ ނުވަތަ ޤާނޫނީ މައްސަލައެއް ނުވަތަ ޙައްޤެއް، އަމުރަށ އެދް ފަރާތަށް ޤާއިމުކޮށްދިނުމުގެ މައްޗަށެވެ. މައުޟޫޢި ދަޢުވާއަށް ކޯޓުން އެއްކޮށް ގޮތެއް ނިންމުމުގެ ބަދަލުގައި މޫޙީލަތުގައި ބަލާނީ އަމުރަށް އެދޭ ފަރާތަށް ހިމާޔަތް ލިބެންޖެހޭ މައުޟޢޫ ޙައްޤެއް އޮތްކަން ފުރަތަމަ ނަޒަރުން، ނުވަތަ މަތިމަތިން ބެލުމުގެ (prima facie) މިންގަނޑުން ޝަރީޢަތަށް ކަށަވަރުކޮށްދިނުމުގެ މައްޗަށެވެ.ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޢުޙައްޤެއ ނުވަތް ޤާނޫނަ މަރުކަޒެއް އޮތުމުގެ އިހި ތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންވޭތޯ ދެނެގަތުމުގައި، ފުރަތަމަ ނަޒަރުން މައްސަލައިގައި ފެންނަންހުރި ވާޤިއާތައް ބަލައި، އެކަން ދެނެގަންނާނީއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/65 )ޒުލްފީނ ރަޝީދާ ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް( ޤެޟިއްޔގ 16 ވަނަ ނުކުތާ

88ޤީނޫނީގޮތުނ ހިމާޔަތް ލިބެންޖެހޭ މައުޟޢޫޙައްޤެއ ނުވަތް ޤާނޫނަ މަރުކަޒޫއެ އަމުރަށް އެދް ފަރާތަށް ލިބިފައިވުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި އޮތްކަން، މައްސަލައިގެ މައުޟށްޢ ނުވަތް މައްސަލައިގަ ޙަޤީޤަތްތަކުގެ މައްޗަށް ނުފީނައި، މައްސަލައިގެ ވާޤިއާތަކުން ސާފުވާންޖެހެއެވެ. އާންމު އުޞޫލުން ވަގުތީ އަމުރަށް އެދނަމައްސަލައިގެ އަލަތު މަރާ ޙުލ ގައެވެ. މި މަރި ޙު ލާގައ މައްސަލައިގެ މައުޟްޢޫށް ފީނަންވެއްޖެނަމަ، ނުވަތަ މައްސަލައިގެ ޙަޤީޤަތަކަށް ފުންކޮށް ނަޒަރުކުރަންވެއްޖެނަމަ، މައްސަލައިގެ މައުޟެޢޫށ ގޮތެއް ނިންމުމުގެ ކުރިއަށް މައްސަލައިގެ މައުޟިޢެ މެދު ފައިސަލާކުރެވުނުކަމުގެ ބަހުސް ހުޅުވޫގާންދާނެއެވެ. އަދި މައުޟ ޢމެދ ގޮތެއު ކަނޑައެޅުމުގެ ބޭނުން ނެތިހިނގައިދާނެއެވެ.

89ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫ ޢުޙައްޤެއ ނުވަތް ޤާނޫނަ މަރުކަޒެއް އޮތުމުގެ އުހިތިމާލ ފާޅުކަނ ބޮޑް ގޮތެއްގައި ހާމަކޮށްދިނުމުގެ ގޮތުން، ދަޢުވާ ކާމިޔާބުވާނެކަމުގެ އަސާސީ އަދި ޙަޤީޤީ އެހުތިމާލެއ އޮތްކަން ދަޢުވާކުރާ ފަރާތުން ދައްކުވައިދޭންޖެހޭނެކަން ދިވެހިރާއްޖޭގެ ހައިކޯޓުގ ނަންބަރ 2021/HC-A/310 އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ފިނޭންސް ޤަޟިއްޔާގެ ވަގުތީ އަމުރާމެދު ނިންމި ގޮތުގައި ފާހަގަކޮށްފައިވެއެވެ.

90ބީޔާންވެދިޔައީ، ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫ ޢިޙައްޤެއް ނުވަތު ޤާނޫނަ މަރުކަޒެއް އޮތުމުގެ އިހްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެފައިވޭތޯ ބެލުމުގައި ބަލަންޖެހޭ އަސާސްތަކާއި މިންގަނޑުތަކެވެ.

91HN4މާ މައްސަލައިގައި މިކަން ވެފައިވޭތޯ ބަލާއިރު، އިސްތިއުނާފުކޮށްފައިވ ވަގުތީ އަމުރަކީ، 08 ފެބުރުވަރީ 2024 ގެ އަމުރުއާވަކިނ އޮތް އަމުރެއް ކަމުގައް ނުދެކެމެވެ. އެހެނީ، އިސްތިއުނާފުކށްފައިވ އަމުރު ވުޖޫދުވެގެންދިޔައީ، 08 ފެބުރުވަރީ 2024 ގެ އަމުރުންނެވެ. އަމުރު ނަންބަރު B6/CHT/2022/10-95) 03 ޖަނަވަރީ 2022( އެފަދައިން މި ބަޔާންކުރަނީ، އިސްތިއުނާފުކޮށްފައިވ އަމުރު ބިނާވަނީ 08 ފެބުރުވަރީ 2024ގެ އަމުރަށްފަހްހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއިނޮޢަމަލުކުރި ގޮތުގެ މައްޗަށ ކަމުގައިވާތީއެވެ. އިސްތިއުނާފުކށްފައިވ އަމުރުގެ ފެށުމަކީ 08 ފެބުރުވަރީ 2024 ގެ އަމުރަށްފަހު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އިން އަޙްމަދު އިސްމާޢީލްއަށް 08 ފެބުރުވަރީ 2024 ގައި ފޮނުވި ސިޓީއެވެ.

92ފުރަތަމަ ވަގުތީ އަމުރަށް އަޙްމަދު އިސްމާޢީލް އެދުމުން، އެއަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުނ ޖަވާބެއް ހުށަހެޅިއެވެ.މި ޖަވާބުގައި، މި އިސްތިއުނާފުގައި އެ ފަރާތުން ޙަވާލާދީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/310 އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ފިނޭންސް ޤަޟިއްޔާއާއި، އަދިދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2021/HC-A/277 ދ.ކުޑަހުވަދޫ ކައުންސިލްގެ އިދާރާ ވ. އިސްމާޢީލް ރަޝީދު ޤަޟިއްޔާއަށް ޙަވާލާދީ ބުނެފައިވަނީ، އަޙްމަދު އިސްމާޢީލް ވަޒީފާއިން ވަކިކޮށްފައިވަނީއ ފަރާތެ މެދ ކުރެވުނު ޖިންސީ ފުރައްސާރައިގެ ތުހުމަތު ތަހުޤީޤުކުރުމަށްފަހުކަމަށާއި، އެގޮތުން ތަހުޤީޤުކުރުމުގެ ތެރެއިން 07 )ހަތެއް( މުވައްޒަފެއްގެ ހެކިބަސް ނެގުނުކަމަށާއި، މައްސަލަ ހުށަހެޅ ފަރާތަށް ޖަވާބުދަރީވުމުގެ ފުރުޞަތު ދެވުނު ކަމަށާއި، އެ ފުރުޞަތުގައި އެކަން ނަފީވާވަރުގެ ހެއްކެއް އޭނާގެ ފަރާތުން ހުށަހަޅާފައިނުވާތީ، މި މައްސަލައަކީ ފާޅުކަން ބޮޑު ގޮތެއްގައި މައުޟޢޫ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ޤާއިމުކޮށް އަޙްމަދު އިސްމިޢީލ ވަޒީފާއިން ވަކިކޮށްފައިވާ މައްސަލައަކަށްވުމުން، އަޙްމަދު އިސްމާޢީލްއަށް މައްސަލަ ކާމިޔާބުވުމުގެ އހތިމާލ ނެތު ކަމުގައެވެ.

93މިކަން ފާހަގަކޮށް،ވަޒީފާއާބެހޭ ޓްރައިބިއުނަލުން 08 ފެބުރުވަރީ 2024 ގެ އަމުރުގައި ބަޔާންކޮށްފައިވަނީ މި މައްސަލަ މައުޟޢޫ ގޮތުން ބެލުމެއްނެތި އަޙްމަދު އިސްމާޢީލްއަށް މައްސަލަ 4 ފެބުރުވަރީ 2024 ގައި "ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ވަގުތީ އަމުރާ ގުޅޭ ގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ހުށަހަޅާ ޖަވާބު" ކާމިޔާބުވުމުގެ އްހިތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ނެތްކަމަށް ކަނޑައެޅިދާނެކަމަށ ބުރަނުވެވޭކަމުގައެވެ. އެކަމުގެ ސަބަބެއްގެ ގޮތުގައި ބަޔާންކުރަނީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން ވަޒީފާއާބެހޭ ޤާނޫނުގެ 28 ވުނ މާއްދާގަ ދަށުން ހުށަހަޅާ މައްސަލައެއްގައި، އެ މުވައްޒަފަކ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއް މެދުވެރިވެގެންކަން ސާބިތުކޮށްދިނުމަކީ މައްސަލަ ރައްދުވާ ފަރާތުގެ ޒިންމާއެއްކަން ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނާތީ، މި ބާވަތުގެ މައްސަލަތަކުގައި މައުޟޢިދަޢުވ މައްސަލާ ހުށަހެޅަ ފަރާތަށް ކާމިޔާބުވުމުގެ އާހީ ތިމާލު އޮތްކަމުގައި ބަލަންޖެހޭކަމުގައެވެ. އެހެންކަމުން، އަޙްމަދު އިސްމްޢޫ ލްއަށ ޤާނޫނީގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޢުޙައްޤެއ ނުވަތް ޤާނޫނަ މަރުކަޒެއް އޮތުމުގެ އުހި ތިމާލު ފާޅުކަންބޮޑު ގޮތެއްގައި ޤާއިމުވެގެންވާކަމުގައި ބުރަވެވޭކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން 08 ފެބުރުވަރީ 2024 ގެ އަމުރުން ނިންމާފައިވެއެވެ.

94މިއީ އަޙްމަދު އިސްމާޢީލް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅާފައިވާ މައްސަލައިގައި ވަގުތީ އަމުރަކަށް އެދުނުހިނދު، މައުޟޫޢީ ޙައްޤާ ގުޅޭ ގޮތުން ނިންމި ނިންމުމެވެ. މި ނިންމުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން އިސްތިއުނާފުކޮށްފައިނުވއެވެ.

95ދެން އޮތީ، އިސްތިއުނާފުކުރެވި ފައިމިވާއަމުރަށ އަޙްމަދް އިސްމާޢީލް އެދުނު އެދުމާއި ގުޅިގެން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއިން ދިން ޖަވާބެވެ. އެ ފަރާތުން ދީފައިވާ ޖަވާބުގައި ފާހަގަކޮށްފައިވަނީ ފުރަތަމަ އަމުރާ ގުޅިގެންވެސް އެ ފަރާތުން ދިން ޖަވާބުގައި ފާހަގަކޮށްފައިވާ ކަންކަމެވެ. އެ ޖަވާބުގައިވެސް ޙަވާލާދިން ޤަޟިއްޔާތަކެވެ. އިތުރު ކަމެއްނެތެވެ. މައުޟޢީޙައްޤާއ ގުޅި ގޮތުން އިތުރު ކަމެއް ފާހަގަކޮށްފައިނުވާއިރު، މައުޟޫޢީ ޙައްޤާއި ގުޅޭ 27 ޖޫން 2024 ގެ "އަޙްމަދު އިސްމާޢީލްގެ ފަރާތުން އެދިފައިވާ 3 ވަނަ ވަގުތީ އަމުރާ ގުޅޭ ގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ހުށަހަޅާ ޖަވާބު" ގޮތުން ވަޒީފާއާބެހް ޓްރައިބިއުނަލްއިން ނިންމި ނިންމުމުގައި އެ ޓްރައިބިއުނަލްއިން ފާހަގަކޮށްފައިވާ އެއްވެސް ކަމަކާ ގުޅިގެން ރައްދެއް ދީފައިވާ ތަނެއްވެސް ފެންނާކަށްނެތެވެ.

96އިސްވެއިޝާރާތްކޮށްފައިވާ ފަދައިން އިސްތިއުނާފުކޮށްފައިވ އަމުރު ވުޖޫދުވެގެން އައީ 08 ފެބުރުވަރީ 2024 ގ އަމުރުންނެވެ.އިސްތާއުނާފުކށްފައިވްއަމުރަށް އެދުމުގައި އަޙްމަދު އިސްމާޢީލްގެ ފަރާތުނ 08 ފެބުރުވަރީ 2024 ގެ އަމުރަށްޙްވާލާދީ، އެ އަމުރަށް އެދެން ޖެހުން ސަބަބަކީވެސް 08 ފެބުރުވަރީ 2024 ގެ އަމުރަށްފަހު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއިން ފޮނުވާފައިވާ ސިޓީއެއްގެ ސަބަބުންކަމުގައި ބަޔާންކުރެއެވެ.

97މ މައްސަލައިގައި ކަނި ހިނގާފައިވާގޮތ ށ ބަލާއިރް އެކަމަށް ދެބަސްވެވޭނެ ޖާގައެއިނެތްހިނދު، އަދ މިއީ 08 ފެބުރުވަރީ 2024 ގ އަމުރާއި ވަކިން މުސްތަޤިއްލުކޮށް (independent) އޮތް ހުށަހެޅުމެއްކަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުންވެސް ބުނެފައިނުވާއިރު، ވަޒީފާ އާބެހާ ޓްރައިބިއުނަލްއަށް އަޙްމަދު އިސްމާޢީލްގެ ފަރާތުން ހުށަހޅެ ފައިވާ މައްސަލައާއި، އ މައްސަލައިގެ ތެރެއިން ހުށަހަޅާފައިވާ ހުށަހެޅުންތަކާއި، އެ ހުށަހެޅުންތަކުގެ ޖަވާބާއި، އަދި އ ހުށަހެޅުންތަކ ގުޅިގެނާ ނިންމާފައިވާ ނިންމުންތައް ކިޔަންވާނީ އެކުއެކީގައި، އެއް ރޮއްޖަކުން ވިޔެފައިވާ އެކަތިގަނޑެއްގެ ގޮތުގައިކަމުގައި ދެކެމެވެ.

98މ މައްސަލައިގައި އަޙްމަދު އިސްމާޢަލްގެ މަޤާމަށް ދާއިމީ މުވައްޒަފެއީޢްއްޔަންނުކުރުމަށ ވަޒީފާއާބެހް ޓްރައިބިއުނަލްއިނ 08 ފެބުރުވަރީ 2024 ގ އަމުރުން އެންގި އެންގުމުގައި މައުޟޫޢާޙައްޤު ވަޒަންކޮށް، އެއާ މެދު ގޮތެއް ނިންމާފައިވފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2012/SC-A/21 ނެކްސްބިޒް ލިމިޓެޑް )އޮސްޓްރޭލިޔާ( ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައ ކަނޑައަޅާފައިވި އުޞޫލަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 22 މެއި 2024 ގެ "ވަގުތީ އަމުރަށް އެދޭ ފޯމު" 2021/HC-A/310 އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ފިނޭންސް ޤަޟިއްޔާގެ ވަގުތީ އަމުރާމެދު ނިންމި ގޮތުގައިވާ އުޞޫލަށް ރިޢާޔަތްކޮށްގެންކަން އެ ނިންމުމުން ސާފުކޮށް ފެންނަން އެބައޮތެވެ. އެ ނިންމި ނިންމުން އިސްތިއުނާފުކުރެވޭ އަމުރަށްވެސް ތަޠުބީޤުވާނެކަމުގައި ދެކެމެވެ.

99އެހެންކަމުން،ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޢިޙައްޤެއް ނުވަތު ޤާނޫނަ މަރުކަޒެއް އޮތުމުގެ އޯހި ތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންވޭތޯ ވަޒަންކޮށްފައިވާހިނދު، އަދި އެކަން އިސްތިއުނާފުކުރެވިފައމިވެއަމުރަށްވެސް ތަޠުބީޤުވެގެންދާހިނދު، މި ނިންމުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ނުދެކެމެވެ. އިސްތިއުނާފުކުރެވފައި މިވ އަމުރު ނެރެފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދަގެ )ރ( އާ ޚިލާފަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/426 ދިވެހި ދައުލަތް )މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން( ވ. ޙުސައިން ޙާފިޘް އަދި އިތުރު 8 ފަރާތެއް ޤަޟިއްޔާގެ 34 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ doctrine hands clean އަށް ރިޢާޔަތްނުކޮށްތޯ؟

100HN6ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/426 ދިވެހި ދައުލަތް )މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން( ވ. ޙުސައިން ޙާފިޘް އަދި އިތުރު 8 ފަރާތެއް ޤަޟިއްޔާއަކީ ސިވިލް ކޯޓުގެ ވަގުތީ އަމުރެއްގެ އިސްތިއުނާފެކެވެ.އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދެނީ އެ ނިންމުމުގެ 34 ވަނަ ނުކުތާއަށެވެ. އެ ނުކުތާގައިވަނީ، ވަގުތީ ފަރުވާއެއްގެ ގޮތުން އިސްތިއުނާފުކުރު ފަރާތުން ހަވާލާދޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2021/HC-A/277 )ދ.ކުޑަހުވަދޫ ކައުންސިލްގެ އިދާރާ ވ. އިސްމާޢީލް ރަޝީދު( ޤަޟިއްޔާގައެބަޔާންކުރަނީދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރ 2021/HC-A/310 ޤަޟިއްޔާގެ ވަގުތީ އަމުރާމެދު ނިންމި ގޮތުގައިވާ އުޞޫލެވެ. ވަގުތު އަމުރަކަށް އެދިގެން ކޯޓުގެ ކުރި މައްޗަށް އަންނަ ފަރާތަކީ މައުޞމޫފަރާތަކަށް ވާންޖެހޭނެކަމްށާއ، އެހެން ގޮތަކަށް ބުނާނަމަ، ސާފު އަތަކައިގެން އަންނަ ފަރާތަކަށް ވާންޖެހޭނެކަމުގައެވެ.

101މިއީ equity ގެ އުޞޫލެއްކަމުގައިވާ clean hands doctrine އެވެ.މި އުޞޫލަކީ، އަދާލަތުގެ މަބްދަޢުއެކެވެ. އެއީ ކޯޓުގައި ފަރުވާއެއް ހޯދުމަށް އެދޭހިނދު، ސާފު އަތަކައިގެން ކޯޓަށް އަންނަ ފަރާތަކަށްވުމުގެ މައްޗަށް އޮންނަ އަދާލަތުގެ މަބްދަޢެކެވެ.

102HN5އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅު ތަފާތުވި ރައުޔުގެ 34 ވަނަ ނުކުތާ ގުޅުވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާއެވެ. އެއީމަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެކަމުގައ ބަޔާންކުރި އަކުރެވެ.ޤާނޫނީ ޢިލްމުގެ ތެރޭގައި decisis stare ގ ގޮތުގައެ ދެނެގަނެވިފައިވާ މި މަބްދަޢުއަކީ ޑޮކްޓްރިން އޮފް ޕްރެސިޑެންޓ precedent) of (doctrine ގ މައްޗަށް ބިނާވާ މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކުގައި ފައިޞިލާކުރެވިފައިވާ އުޞޫލުތަކަށް ތަބާވުމަށާއި، ނިންމުންތަކުގައި ފައޞލާކުރެވިފައިވ ނުކުތާ ފުރޮޅިގެންދާ ގޮތަކަށް އެ ނިންމުން ބަދަލުނުކުރުމުގެ މަފްހޫމެވެ.

103މީގެ ޙަޤީޤީ މާނައަކީ،ޤާނޫނެއް މާނަކުރުމުގައި ނުވަތަ ތަރުޖަމާކުރުމުގައި ނުވަތަ ތަޠުބީޤުކުރުމުގައ މަތީ މަރުޙަލާގެ ކޯޓުތަކުން ވަކި ގޮތެއް ކަނޑައަޅާފައިވާނަމ decidendi ratio ނުވަތަ ވަކި ޤާނޫނީ ގާއިދާއެއް ކަނޑައަޅާފައިވާނަމ legal principle ނުވަތް މަތީ މަރުހަލާގެ ކޯޓަކުން ނިންމާ ނިންމުމާއި، ފަހުން ދަށު ކޯޓަށް ހުށަހެޅޭ މައްސަލައެއްގެ މުހިންމު ވާޤިއާތުތައ (material facts) އެއްގޮތްނަމަ، މަތީ މަރުޙަލާގެ ކޯޓުން ނިންމި ނިންމުން ނުވަތަ ކަނޑައެޅި އުޞޫލު ތަޠުބީޤުކުރުމެވެ.

104މިކަން އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދޭ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/426 ދިވެހި ދައުލަތް )މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން( ވ. ޙުސައިން ޙާފިޘް އަދި އިތުރު 8 ފަރާތެއް ޤަޟިއްޔާގެ 34 ވަނަ ނުކުތާއަށް ތަޠުބީޤުކުރާއިރު، ކުރިންވެސް ބަޔާންކުރި ފަދައިން، މިއީ މި މައްސަލައިގެ ތަފާތުވި ރައުޔުގައި ބަޔާންކޮށްފައިވ ކަމެކެވެ. މިއީ މި މައްސަލައިގައި ކަނޑައަޅާފައިވާ ratio ނުވަތަ legal principle އެށްނުވާއިރު، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( ގެ އަލީގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/426 ދިވެހި ދައުލަތް )މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން( ވ. ޙުސައިން ޙާފިޘް އަދި އިތުރު 8 ފަރާތެއް ޤަޟިއްޔާގެ 34 ވަނަ ނުކުތާއަށް ތަވާބާންޖެހޭކަމުގައި ނުދެކެމެވެ.

105މ އިސްތިއުނާފުގައިކުރެވުނު ބަހުސްގައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑގް ފަރާތުން ބުނެފައިވަނީ، އެ ފަރާތުން ޙަވާލާދީފައިވަނީ clean hands doctrine އަށް ކަމުގައެވެ. އަދި މިކަން ފާހަގަކުރަނީ ޚްޞޫމާތު އުފެދިފައިވާ ފްލެޓް އަޙްމަދު އިސްމާޢލްއަށ 01 އެޕްރީލް 2023 ގައި ފައިސާ ދައްކައި ޚަލާޞްކުރުމަށްމުއްދަތު ދީފައިވާތާކަމަށެއި، އަދ އ މުއްދަތު 01 ޖޫން 2023 އަށް އިތުރުކޮށްދީފައިވީނަމަވެސް، އެ މުއްދަތުގައި ފައިސާ ދައްކާފައިނުވިތާކަމަށާއި، އަދްވަޒީފއިނ 20 ޑިސނެ ބަރް 2023 ގައި ވަކިކުރާއިރިވެސ ފައިސް ދައްކާފައިނުވީ ތެކަމުގައެވެ. އެހެންކަމުން، އަޙްމަދު އިސްމާޢީލް އެއްބަސްވު،އ ޤަދާއި ޚިލް ށްފ ޢަމަލުކޮށްފައިވާއިރު، އެ ފަރާތަށް ވަގުތީ އަމުރުފަދަ އަދާލަތުގެ ހަމަތަކުން ލިބިދެވޭ ފަރުވާއެއް ހައްޤުނުވާކަމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ދެކޭ ކަމުގައެވެ.

106ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2025/SC-A/44 ދިވެހި ދައުލަތް )މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ( ވ. އިމްޕެކްސ ފިޝަރީޒް )މޯލްޑިވްސް( ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި މި އަދާލަތުގެ އުޞޫލާއިޙުވާލާދީ ބަޔާންކޮށްފައިވަނީ، އަމުރަށް އެދުނު ފަރާތުނ ކޯޓަށް އައިސްފައިވަނީ ސާފު އަތަކައިގެންތޯ ނުވަތަ ނޫންތޯ ނިންމޭނީ އަމުރަށް އެދުނު ފަރާތުނު އެއްބަސްވުމް އެއްގޮތަށް އެއްބަސްވުމުގައި ކަނޑައަޅާފައިވާ ޒިންމާތަކާއި ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރަމުންދާކަން ނުވަތަ ނޫންކަން ސާފުވެގެންކަމުގައެވެ.

107މިކަން މި މައްސަލައަށް ތަޠުބީޤުކުރާއިރު،މިކަމުގައިވަޒީފާއާބެހްޓްރައިބިއުނަލްގެ ނިންމުމުންވެސ ފެންނަން އޮތް ހަޤީޤަތަކީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއިން އަޙްމަދު އިސްމާޢީލް ވަޒީފާއިން 20 ޑިސނެ ބަރް 2023 ގައި ވަކިކުރުމއާހަމައަށ އަޙްމަދް އިސްމާޢީލްއަށ ފްލެޓް ގަތުމަށް ލިބިފައިވާ ފުރުޞަތު ބާޠިލުކޮށްފައިނުވާކަމެވެ. އަދި ޚާއްޞަކޮށް ބޭންކް ލޯނު ހަމަޖެހުނުކަމުގެ ލިޔުނު ހުށަހަޅާފައުނ ވާ ސަބަބްހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން އަޙްމަދު އިސްމާޢީލްއަށް ލިބިފައިވާ ފްލެޓް ގަތުމުގެ ފުރުޞަތު ބާޠިލުކުރިކަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއިން ނިންމާފައިވކަނ އެނގެނީ ނެތްކަމެވެ. އަދި މި ފުރުޞަތު ބާޠިލުކޮށްފައިވަނީ އަޙްމަދު އިސްމާޢލީ ވަޒީފާއިން ވަކިކުރިފަހުން 08 ފެބުރުވަރީ 2024 ގައި ކަމެވެ.

108މިއީ މިހިނދު މި މައްސަލައިގެ މައުޟޫ ޢެށް ނުފީނާ މި މައްސަލައިގެ ތެރެއިން ފާޅުވާ ޙަޤީޤަތްތަކެވެ. މި އަދާލަތުގެ އުޞޫލުގެ އަލީގައި، މިކަން އިތުރަށް ކަށަވަރުވެގެންދާނީ މައްސަލައިގެ މައުޟޫޢުގެ ތެރެއިން ކަމުގައިވާތީ، މިހިނދު ފެންނަ ފެނުމަށް، doctrine hands clean ގެ ދަށުން އިސްތިއުނާފުކުރެވޭ އަމުރަށް އަސަރުކުރާފަދަ ޙާލަތެއް އޮތްކަމަކަށް ނުދެކެމެވެ. އިސްތިއުނާފުކުރެވޭ އަމުރު ނެރެފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދަގެ )ރ( އާ ޚިލާފަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/08 މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އަދި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީ )ދިވެހި ދައުލަތް( ވ. ޙުމައިދާ ޢަބްދުލްޣަފޫރު ޤަޟިއްޔާގެ 26 ވަނަ ނުކުތާއަށް ރިޢާޔަތްނުކޮށް، މައުޟޫޢީ ދަޢުވާ އިސްތިއުނާފުކުރާ ފަރާތާ އެއްކޮޅަށް ނިމޭ ޙާލަތުގައި ފްލެޓުން ތަސައްރަފުކުރުން ހުއްޓިފައި އޮތް އޮތުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޒިންމާވާންޖެހޭނެކަމަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ހުށަހެޅުމަށް ރިޢާޔަތްނުކޮށްތޯ؟ އަދި މި އިސްތިއުނާފުގެ ތެރެއިން، ވަޒީފީއާބެހާ ޓްރައިބިއުނަލްގެ މި ނިންމުމަށް ތާއީދުކުރާ ޙާލަތުގައި، މައުޟޢޫ މައްސަލަ އިސްތިއުނާފުކުރާ ފަރާތާ އެއްކޮޅަށް ނިމޭ ޙާލަތުގައި، ފްލެޓުން ތަސައްރަފުކުރުން ހުއްޓިފައިވާ މުއްދަތުގައި އިސްތިއުނާފުކުރާ ފަރާތަށް ލިބިފައިވާ ގެއްލުމުގެ ޒިންމާ އިސްތިއުނާފު ރައްދުވާ ފަރާތުން އުފުލަންޖެހޭނެކަމުގައި ކަނޑައެޅޭނެތޯ؟

109މ މައްސަލައިގައި ވަގުތީ އަމުރު ނެރޭ ޙާލަތުގައި، އަޙްމަދު އިސްމާޢިލްއަށް ގަތުމުގެ ފުރުޞަތު ދެވުނު ފްލެޓުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއަށް ތަސައްރުފުކުރުން ހުއްޓިފައި އޮވެމެ، އަޙްމަދު އިސްމާޢީލްއާ ދެކޮޅަށް މި މައްސަލަ ނިމޭ ޙާލަތުގައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއަށް ފްލެޓުން ތަސައްރަފުކާރުމުގެ ޙައްޤުން މަހުރޫމވެފައ އޮތި އޮތުމުންވ ގެއްލުމަށް އަޙްމަދް އިސްމާޢީލް ޒިންމާވާންޖެހޭ ކަމުގައި ކަނޑައަޅައިދިނުމަށް ހައުސިންގ ޑިވެލޮޕްމަންޓ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުނަ ވަޒީފާއާބެހޭ ޓްރައިބިއުނލްގައި އެދިފައިވެއެވެ.މި އިސްތިއުނާފުގައިވެސް އެ ފަރާތުން މިފަދައިން އެދިފައިވެއެވެ.

110ސާރުހީގައ ހިމެނި ސުވާލާ ގުޅޭ އިސްތިއުނާފީ ނުކުތާގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ބުނެފައިވަނީ މައްސަލަ ހުށަހެޅި ފަރާތަށް ދަޢުވާ ނާކާމިޔާބުވާ ޙާލަތުގައި ދަޢުވާ ރައްދުވާ ފަރާތަށް ލިބޭ ގެއްލުންތަކަށް ރިޢާޔަތްކޮށްފައިނުވާކަމުގައެވު. މި ނުކުތާގައި އެ ފަރާތުނ ޙަވާލާދެނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2024/SC-A/08 މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އަދި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަމަންޓް އެންޑް އެނަރގީ ވ. ޙުމައިދާ ޢަބްދުލްޣަފޫރު ޤަޟިއްޔާގެ 26 ވަނަ ނުކުތާއަށެވެ.

111މި ނުކުތާގައިދިވެހިރާއްޖޭގެ ސުޕްރީމް ކޯޓގު ނަންބަރު 2020/SC-A/101 އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓް ސަރވިސަސް )މޯލްޑިވްސް( ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއާ ޙަވާލާދީ ބަޔާންކުރަނެ، އ ޤަޟިއްޔާގެ 48 ވަނަ ޕެރެގްރާފްގައި ބުނާ ފަދައިން ވަގުތީ އަމުރު ނެރޭއިރު، އެކަމުގެ ސަބަބުން ކުރަންޖެހިދާނެ ޚަރަދަކަށް ނުވަތަ ލިބިދާނެ ގެއްލުމެއްގެ ބަދަލު ނަގައިދިނުމުގެ ޔަޤީންކަށަވަރުކަމެއް ހޯދުންކަމަށާއި، މި މައްސަލައިގައި ވަގުތީ އަމުރު ނެރޭނަމަ، ދައުލަތަށް ލިބުމުގުއްހީތިމާލ އޮތު ގެއްލުމަށް ބަދަލް ދިނުމަށްޓަކައި، ވަގުތީ އަމުރަށް އެދޭ ފަރާތުނ އެ މިންވަރަށް ފައިސާ ކޯޓުގައި ބެހެއްޓުންކަމަށާއި، ބުނެވިދިޔަ ޤަޟިއްޔާގައި އެގޮތަށް ނިންމާފައިވަނީ ޤާނޫނު ނަންބަރ 2013/10 )އާބިޓްރޭޝަން ޤާނޫނ( )މީގެ ފަހުން "އާބިޓްރޭޝަން ޤާނޫނު"( އާ ޙަވާލާދީ އާބިޓްރަލް އެވޯޑެއްގެ ނިންމުން ތަންފީޒު ކުރުމާ ގުޅޭގޮތުން ނެރެފައިވާ ވަގުތީ އަމިރެއްގު މައްސަލައިގައުކަމަށްވީނަމަވެސް، އަދާލަތުގެ ހަމަތަކުން ބަލާއިރު، މި މައްސަލައިގައިވެސް އ އުޞޫލު ބޭނުންކުރެވޭނެކަމަށާއި، މި މައްސަލައިގައި ދެ ފަރާތުގެ ގެއްލުން ވަޒަންކުރާއިރު ޔަޤީންކަށަވަރުކަމެއް ހޯދުމެއްނެތި ވަގުތީ އަމުރު ނެރުމަކީ ޢަދުލުވެރި ގޮތަކަށްނުވާނެކަމުގައެވެ.

112މާއި ގުޅުވައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/08 މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އަދި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަމަންޓް އެންޑް އެނަރގީ ވ. ޙުމައިދާ ޢަބްދުލްޣަފޫރު ޤަޟިއްޔާގެ 27 ވަނަ ނުކުތާގައި އިތުރަށް ފާހަގަކޮށްފައިވަންދިވެހިރާއްޖޭގިހައިކޯޓުން ވަގުތީ އަމުރު ނެރެފައިވަނީ ދެ ފަރާތަށް ލިބުމުގެ އިހުތިމާލު އޮތް ގެއްލުން ވަޒަންކޮށް އެއްހަމަ ކުރުމެއްނެތި، ދައުލަތަށް ލިބުމުގެ އުހތިމާލ އޮތް ގެއްލުމަށް ރިޢާޔަތްނުކޮށް، ހަމައެކަނި ވަގުތީ އަމުރަށް އެދުނު ފަރާތުގެ ވާހަކައިގެ މައްޗަށް ބަލައިގެން ކަމުގައެވެ.

113އެކަށީގެންވާ ޔަޤީންކަށަވަރުކަން ވުޖޫދުވެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ނަންބަރު 2020/SC-A/101 އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓް ސަރވިސަސް )މޯލްޑިވްސް( ޕްރައިވެޓް ލިމިޓެޑްޤަޟިއްޔާއިންނެވެ. މި ޤަޟިއްޔާއަކީ އާބިޓީރޭޝަންއ ގުޅާ މައްސަލައެއްކަމަށްވެފައި، މި ޤަޟިއްޔާގައި "ޔަޤީންކަށަވަރުކަން ދިނުން" މި ލަފްޒު މާނަކޮށްފައިވަނީ އާބިޓްރޭޝަން ޤާނޫނުގެ ތެރެއިންނެވެ.

114އާބިޓްރޭޝަން ޤާނޫނުގެ 37 ވަނި މާއްދާގަ )ށ( ގައި "ޔަޤީންކަށަވަރުކަން ދިނުން" ކަމަށް ބުނެފައި އެވަނީ، ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރު ނިސްބަތްވާ ފަރާތުން ކުރަންޖެހިދާނެ ޚަރަދަކަށް ނުވަތަ އެފަރާތަށް ލިބިދާނެ ގެއްލުމެއްގެ ބަދަލު ނަގައިދޭންޖެހޭފަދަ ޙާލަތެއް އަތުވެއްޖެނަމަ، އެކަން ކުރުމަށް އެކަށޭނަ މިންވަރެއްގެ ފައިސާ އާބިޓްރަލް ޓްރައިބާ އުނަލުގ ބެލުމުގެ ދަށުގައި ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރަށް އެދް ފަރާތުން ބެހެއްޓުމަށެވެ. ނުވަތަ އެ ފައިސާ ދައްކަންޖެހޭ ދުވަހު އެ ފައިސ ދައްކާނެކަމުގެ ގެރެންޓީއެއް އެ ޓްރައިބިއުނަލުން ޤަބޫލުކުރާ ފަރާތެއްގެ ކިބައިން ހޯދައި، ލިބިގަތުމަށް

115އިސްތިއުނާފުކުރެވޭ އަމުރަށް އަޙްމަދު އިސްމާޢީލް އެދުނު ހިނދު، އޭގެ ޖަވާބުގައި balance of convenience އ ގުޅާ ގޮތުންހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑގް ފަރާތުނަބުނެފައިވަނީ، މައްސަލައިގައި ވަގުތީ އަމުރު ނެރެދީފިނަމަ، ފްލެޓުން ނަފާ ހޯދުމުގެޙްއްޤުނ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަ އިން މަހުރޫމާވެގެންދާނެކަމަށްއި، މިމައްސަލ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއާ އެއްކޮޅަށް ނިމިއްޖ ނަމަވެސެ މި މައްސަލައިގައ ހިންގާ މުއްދަތަށިހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއަށ ލިބުނު ގެއްލުމުގެ ބަދަލުގައި އެއްވެސް އެއްޗެއް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑއަށް ނުލިބޭނެކަމުގައެވެ. މީގެ އިތުރުން، މި މައްސަލައިގައި އަޙްމަދު އިސްމާޢީލްއަށް ގެއްލޭނީ ހަމައެކަނި ފުރުޞަތެއްކަމަށާއި، އެއީ ބަދަލުދީގެނ ނުވަތް އެހެން ފްލެޓެއް ގަތުމުގެ ފުރުޞަތު ދީގެންވެސް ދެކޮޅުޖެއްސޭނެ ޙައްޤެއް

116މި އިސްތިއުނާފީނުކުތާގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން މިހާރު ފާހަގަކުރާކަމަކ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/101 އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓް ސަރވިސަސް )މޯލްޑިވްސް( ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައ ބަޔާންކުރި "ޔަޤީންކަށަވަރުކަން ދިނުން" މިކަމެވެ. މިއާ ގުޅުވައި،ވަޒީފާއާބެހޭ ޓްރައިބިއުނަލްގައިވެސ އެދުން ފަދައިން މި އިސްތިއުނާފުގައިވެސް އެ ފަރާތުން އެދިފައިވަނީ ވަޒީފީއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދުކުރާ ޙާލަތުގައި، މައުޟޢްމައްސަލަ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއާ އެއްކޮޅަށް ނިމޭ ޙާލަތުގައި، ފްލެޓުން ތަސައްރަފުކުރުނ ހުއްޓިފައިވާ މުއްދަތުގައި އެ ފަރާތަށް ލިބިފައިވާ ގެއްލުމުގެ ޒިންމާ އަޙްމަދު އިސްމާޢީލް އުފުލަންޖެހޭކަމުގައި ކަނޑައަޅައިދިނުމަށެވެ.

117HN7މި މައްސަލައިގައި ވަގުތީ ފިޔަވަޅުއެޅުމުގ އަމުރެ ނިސްބަތްވާ ފަރާތުން ކުރަންޖެހިދާނެ ޚަރަދުގެ ތަފްޞީލެއް ނުވަތަ ލިބިދާނެ ގެއްލުމެއް ސާފުކޮށް ބަޔާންކޮށްދީފައެއްނުވެއެވެ. އަދި މިފަދައިން ބެހެއްޓުމަށ އެދެން ކިހާ މިންވަރެއްގެ ފައިސާއެއްކަން މި އިސްތިއުނާފުގައި ބުނެދީފައެއްނުވެއެވެ. "ޔަޤީންކަށަވަރުކަން ދިނުން" މި މަފްހޫމުގާތެރެއިނ ފައިސް ބެހެއްޓުމަށް އެދޭނަމަ،މ ފައިސި މިހާރު ޢަމަލުކުރަމުންދާ އިޖުރާއަތުގެ ތެރެއިން ބެހެއްޓޭނެ އިޖުރާތއްގެތަފްޞީލެއް ދީފައިވެސްނުވެއެވެ. މިސާލަކަށް މިއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާގެ )ހ( ގެ )1( ވަނަ ނަންބަރުގެ ދަށުން ކަނޑައެޅުމަށް އެދޭ ކަމެއްތޯ،ނުވަތަ މިކަމުގެ އިޖުރާއަތު އިސްތިއުނާފ ކޯޓުގެ ނުވަތަވަޒީފާއާބެހ ޓްރައިބިއުނަލްގްދާޚިލީ ގަވާއިދުގެ ތެރޭގައި ހިމެނޭތޯ، އެއަށް ފެތޭނަމަ އެކަމުގައި އޮތް އިޖުރާއަތަކީ ކޮބައިކަން ޤާނޫނީ ނަޒަރަކުން އިސްތިއުނާފުކުރާ ފަރާތުނ ބުނެދީފައެއްނުވެއެވެ. މިފަދައިން މި ބަޔާންކުރަނީ، އިސްތިއުނާފުކުރ ފަރާތުންދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/101 އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓް ސަރވިސަސް )މޯލްޑިވްސް( ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކުރާ "ޔަޤީންކަށަވަރުކަން ދިނުން" މި މަފްހޫމަށް ޙަވާލާދޭތީއެވެ.

118ވަކި އަޤުދަކާ ޚިލާފުވެ،ގެއްލުމެއް ލިބިފައިވާނަމަ އެކަމަށް ޤާނޫނީ ނިޒާމުގެ ތެރެއިން ފަރުވާ ދެވޭކަމީ ދެބަސްވެވެންނެތް ޙަޤީޤަތެކެވެ. އެއީ އިސްތިޤްރާރުވެފައިވާ އުޞޫލެކެވެ. އެހެންކަމުން، އެއީ މައްސަލަ ނިމޭ ގޮތަކުން ފާޅުވާ ޙައްޤެއްކަމުގައިވާއިރު، އެކަން އެ މޭރުމުނ ކުރުމުގައި އިސްތިއުނާފުކުރާ ފަރާތަށް ހުރަހެއް އޮތްކަމުގައި ނުދެކެމެވެ.

119އެހެނަސް، މި މައްސަލައިގެ ޙަޤީޤަތްތަކަށް ރިޢާޔަތްކޮށް، ފެންނަން އޮތީ، މި އިސްތިއުނާފުގައި ޙަވާލާދޭ ޤަޟިއްޔާގެ އަލީގައި އަދި އެ މޭރުމުން އިސްތިއުނާފުކުރާ ފަރާތަށް ލިބިފައިވާ ގެއްލުމަށް އަޙްމަދު އިސްމާޢީލް ޒިންމާވާންޖެހޭކަމުގެ ވާހަކިވަޒީފާއާބެހ ޓްރައިބިއުނަލްގެ މަރުޙަލާގައި އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިނުވާކަމެވެ.

120ބަޔާންވެދިޔަ ސަބަބަށްޓަކައި، މި މަރުޙަލާގައި، އަދި ޚާއްޞަކޮށް، މި ނިންމުމުގެ 115 ވަނަ ނުކުތާއިން ފެށިގެން 117 ވަނަ ނުކުތާގެ ނިޔަލަށާބަޔާންކުރާ ކަންކަމުގެ އަލީގައި، ޓްރައިބިއުނަލްއިން ގޮތް ކަނޑައަޅފައިވަނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/08 މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އަދި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރމަންޓ އެންޑް އެނަރޖީ )ދިވެހި ދައުލަތް( ވ. ޙުމައިދާ ޢަބްދުލްޣަފޫރު ޤަޟިއްޔާގެ 26 ވަނަ ނުކުތާއަށް ރިޢާޔަތްނުކޮށްކަމުގައި ނުދެކެމެވެ. އަދި ހަމައެއާއެކު، މި ނިނމުމުގް 117 ވަނަ ނުކުތާ އަދި 118 ވަނަ ނުކުތާގައި ބަޔާންކުރާ ކަންކަމުގެ އަލީގައި، މި އިސްތިއުނާފުގެ ތެރެއިން، ފްލެޓުން ތަސައްރަފުކުރުން ހުއްޓިފައިވާ މުއްދަތުގައި އިސްތިއުނާފުކުރާ ފަރާތަށް ލިބިފައިވާ ގެއްލުމުގެ ޒިންމާ އިސްތިއުނާފު ރައްދުވާ ފަރާތުން އުފުލަންޖެހޭނެކަމުގައ ކަނޑައެޅޭނެކަމުގައި ނުދެކެމެވެ. އިސްތިއުނާފުކުރެވޭ އަމުރު ނެރެފައިވަނީ ތަދާރުކުނުކުރެވޭނ ނުވަތެ ފައިސާއިން ބަދަލު ދެވޭނެ ގެއްލުމަކަށްވީނަމަވެސް، ޤާނޫނުއަސާސީގެ 143 ވަނަ މާއްދަގެ )ރ( އާ ޚިލާފަށް، އެކަމަށް ރިޢާޔަތްނުކޮށްތޯ؟

121މ ނުކުތާގައި އިސްތިއުނާފުކުރި ފަރާތުން ޙަވާލާދެނީ، މައުޟޫ ޢްމައްސަލަ ކާމިޔާބުކުރާ ޙާލަތުގައި، އަޙްމަދު އިސްމާޢީލްއަށް ފައިސާއިން ބަދަލުދީގެނ ނުވަތް އެހެން ފްލެޓެއް ގަތުމުގެ ފުރުޞަތު ދީގެން އަޙްމަދު އިސްމާޢީލްއަށް ލިބިދާނެ ގެއްލުން ހިމާޔަތްކުރެވިދާނެކަމްށޭ އ، ނަމަވެސް މިކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ރިޢާޔަތްކޮށްފައިނުވާކަމުގައެވެ.

122މި ނުކުތާގައި އެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/277 ދ.ކުޑަހުވަދޫ ކައުންސިލްގެ އިދާރާ ވ. އިސްމާޢީލް ރަޝީދު ޤަޟިއްޔާ އާއި މި ކޯޓުގެ ނަންބަރު 95-B4/CHT/2023/240 "ވަގުތީ އަމުރާމެދު ނިންމިގޮތް" އ ޙަވާލާދީ ބުނެފައިވަނީ މ ނިންމުންތަކާ ޚިލާފަށް ތަދާރުކު ނުކުރެވޭ ނުވަތަ ފައިސާއިން ބަދަލު ދެވޭނެ ގެއްލުމަކަށްވީނަމަވެސ އެކަމަށް ރިޢާޔަތްނުކޮށް އަމުރު ނެރެފައިވާކަމުގައެވެ.

123HN8ތަދާރުކު ނުކުރެވޭ ނުވަތަ ފައިސާއިން ބަދަލު ދެވޭނެ ގެއްލުމާ ގުޅޭ ގޮތުން އިސްވެ ބަޔާނކޮށްފައިވް ނިންމުންތަކުންކަނޑައަޅާފައިވާ އުޞޫލުތަކަކީ ކޮބައިނެބެލެވޭހިނދު،ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރ 2021/HC-A/277 ދ.ކުޑަހުވަދޫ ކައުންސިލްގެ އިދާރާ ވ. އިސްމާޢީލް ރަޝީދު ޤަޟިއްޔާގައި ބަޔާންކުރަނީ ތަދާރުކު ނަކަ ރެވޭނެ ގެއްލުމަކީ ފޫނުބެއްދޭ ވަރުގެ ގެއްލުން ނުވަތަ އިސްލާހުކޮށް ރަނގަޅުނުކުރެވޭނެފަދަ ގެއްލުމެއްކމުގައެވެ. މިއީ މި ކޯޓުގެ ނަންބަރ B4/CHT/2023/240-95 "ވަގުތީ އަމުރާމެދު ނިންމިގޮތް" ގައިވެސް ތޢރީފު ދީފައިވާ ގޮތެވެ.

124އެކަށީގެންވާ ފަރުވާއެއްގެ ގޮތުގައި ގެއްލުމުގެ ބަދަލު ދެވޭނަމަ، އާންމު ގޮތެއްގައި ދަޢުވާ އެ މަރުޙަލްގްއި ކިތަންމެ ވަރުގަދަ ކަމަށް ފެންނަން އޮތް ނަމަވެސް، ވަގުތީ އަމުރެއް ނެރެދިނުން ހުރަސްއެޅޭނެކަމަށް ޤަބޫލުކުރެވޭކަމަށާއި، އެއީ ވަގުތީ އަމުރު ނެރެވޭނީ ގެއްލުމުގެ ބަދަލު ދިނުން އެކަށީގެންނުވާ ޙާލަތްތަކުގައި ކަމުގައިވާތީ ކަމަށެވެ.

125މ ޙާލަތުގައި ދަޢުވި ރައްދުވާ ފަރާތުގެ ޢަމަލުގެ ސަބަބުން ގެއްލުމުގެ ބަދަލު އެކަށީގެންވާ ގޮތެއްގައި ނުދެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެކަން އަމުރަށް އެދި ހުށަހެޅި ފަރާތުން ދައްކުވައިދޭންޖެހޭނެކަނ މި ޤަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ.

126ވަގުތީ އަމުރަށް އެދުމުގައި އަޙްމަދު އިސްމާޢީލްއަށް ލިބިދާނެ ގެއްލުންކަމަށް އެ ފަރާތުން ބުނެފައިވާ ގެއްލުމަކީ، މައުޟޢޫ މައްސަލައިގައި އެދިފައިވާ ފަދައިން 20 ޑިސންބަރެ 2023 އާހަމައަށ މުވައްޒަފަށް ލިބިދީފައި އޮތް އެންމެހައި ފުރުޞަތުތަކާއި އިނާޔަތްތަކާއެކު މުވައްޒަފުގެ މަޤާމު އިއާދަކޮށް ރުޖޫޢަކުރުމުގެ ފަރުވާ ނަގައިދޭން ވަޒީފެއާބެހޭ ޓްރައިބިއުނަލުން އަމުރުކުރާ ޙާލަތެއްގައި އެ އަމުރު ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ )ހ( ގެ )1( ވަނަ ނަންބަރުގައިވާ އުޞޫލުނު ތަންފީޒުކުރުމަށް ދާއިމީ ގޮތެއްގައި ހުރަސްއެޅިގެން ދިޔުންކަމަށާއި، މިގޮތުން ވަގުތީ އަމުރު ނުނެރެ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/277 )ދ.ކުޑަހުވަދޫ ކައުންސިލްގެ އިދާރާ ވ. އިސްމާޢީލް ރަޝީދު( ޤަޟިއްޔާގެ 47 ވަނަ ނުކުތާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު B4/CHT/2023/240-95 )18 ޖަނަވަރީ 2023( "ވަގުތީ އަމުރާމެދު ނިންމިގޮތް" ގެ 6 ވަނަ ނުކުތާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/277 )ދ.ކުޑަހުވަދޫ ކައުންސިލްގެ އިދާރާ ވ. އިސްމާޢީލް ރަޝީދު( ޤަޟިއްޔާގެ 48 ވަނަ ނުކުތގައި މިކަން ބަޔާންކުރެއެވެ. މީގެ އިތުރުން، މިކަން މި ކޯޓުގެ ނަންބަރ 2022/HC-A/116 )ޢަބްދުﷲ ޢަފީފް ވ. މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ( ޤަޟިއްޔާގައިވެސް ބަޔާންކުރެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/277 )ދ.ކުޑަހުވަދޫ ކައުންސިލްގެ އިދާރާ ވ. އިސްމާޢީލް ރަޝީދު( ޤަޟިއްޔާގެ 49 ވަނަ ނުކުތާ އާންމު އުޞޫލުން މައްސަލަ ކުރިއަށް ގެންގޮސްފި ހިނދެއްގައި، މި މައްސަލަ ނިންމުމުގެ ކުރިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއިނ އްފްލެޓް ތިންވަނަ ފަރާތަކަށް ދީފިނަމަ، ނުވަތަ ވިއްކައިފިނަމަ، ނުވަތަ ކުއްޔަށްދީފިނަމަ، ނުވަތަ ޢައްޔަނަކޮށްފިނަމަ، އަޙްމަދު އިސްމާޢީލްއަށް އެ ފްލެޓު ގަތުމަށް ލިބިދީފައި އޮތް ފުރުޞަތު ގެއްލިގެންދާނެކަމަށާއި، އެފަދައިން ކަން ހިނގައިފިނަމަ އެއަ އިއާދކުރެވޭނެ ފުރުޞަތެއްނޫން ކަމުގައެވެ.

127ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން މީގެ ރައްދުގައި ބުނެފައިވަނީ، balance of convenience ޓެސްޓަށް ބަލާއިރު، ވަގުތީ އަމުރު ނެރެދިނުމުގައި ދެ ފަރާތަށްވެސް ލިބޭ ގެއްލުން ބަލައި ވަޒަންކުރަންޖެހޭނެކަމަށާއި، މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެނުދީފިނަމަ ފްލެޓުން ނަފާ ހޯދުމުގްޙުއްޤުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް މަހުރޫމް ވެގެންދާނެކަމަށާއި، މި މައްސަލަ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއާ އެއްކޮޅަށް ނިމިއްޖެނަމަ މި މައްސަލައިގައި ހިނގާ މުއްދަތަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއަށ ލިބުން ގ އްލުމުގެ ބަދަލުގައި އެއްވެސް އެއްޗެއް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއަށް ނުލިބޭނެކަމީ ށއި، އަޙްމަދު އިސްމާޢަލްއަށް ލިބޭނެ ގެއްލުމަކީ ހަމައެކަނި ފްލެޓް ގަތުމުގެ ފުރުޞަތުކަމެށެއި، އެއީ އެ ފަރާތަށް ފައިސާއިން ބަދަލު ދީގެން ނުވަތަ އެހެން ފްލެޓެއް ގަތުމުގެ ފުރުޞަތު ދީގެންވެސް ދެކޮޅުޖެއްސޭންޙއްޤެއްކަމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ބުނެފައިވެއެވެ.

128ތަދާރުކު ނުކުރެވޭ ނުވަތަ އިއާދަނުކުރެވޭފަދަ ގެއްލުމާގުޅޭ ގޮތުނާއިސްތިއުނާފުކށްފައިވޮއަމުރުގައި ވަޒީފާއާބެހްޓްރައިބިއުނަލީއިންފާހަގަކޮށްފައިވަނ އަޙްމަދު އިސްމާޢީލްއަށް ހައުސިންގ ޑިވެލޮޕްމަންޓް އަޙްމަދު އިސްމާޢިލްގެ ފަރާތުން 22 މެއި 2024 ގައި ހުށަހެޅި "ވަގުތީ އަމުރަށް އެދޭ ފޯމު" ގެ 12 ވަނަ ނަންބަރު 27 ޖޫން 2024 ގ "އަޙްމަދު އިސްމާޢީލްގެ ފަރާތުން އެދިފައިވާ 3 ވަނަ ވަގުތީ އަމުރާ ގުޅޭ ގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ހުށަހަޅާ ޖަވާބު" ގ 29 ވަން ނަންބަރުން ފެށިގެން 31 ނަންބަރުގެ ނިޔަލަށް ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފެއްގެ ހައިސިއްޔަތުން ފްލެޓް ގަތުމަށް ލިބިފައިވާ ފުރުޞަތު ގެއްލިގެން ދިޔުމަކީ، މި މައްސަލައިގައި އަޙްމަދު އިސްމާޢީލީވަޒީފްއިން ވަކިކުރެވިފައިވަނ އެކަށީގެންވާ ސަބަބެއް ނެތިކަމަށް ވަޒީފާއާބެހުޓްރައިބިއުނަލްއިނ ކަނޑައަޅަން ޖެހިއްޖެ ހިނދެއްގައި، އަޙްމަދު އިސްމާޢީލް އަނބުރާ ވަޒީފާއަށް ރުޖްޢަކުރެވުނުކަމުގައި ވީނަމަވެސް، އަޙްމަދ އިސްމާޢީލްއަށް ލިބިގެންދާނެ އިއާދަނުކުރެވޭފަދަ ގެއްލުމެއްކަމަށް ބުރަވެވޭކަމުގައެވެ.

129މިކަން ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ގުޅުވާލާފައިވަނީ އަޙްމަދު އިސްމާޢީލްގެ ފަރާތުން މައުޟޢޫ މައްސަލައިގައި އެދޭ ފަރުވާއާއެވެ. އެއީ އެފަރާތް ވަޒީފާއަށް އަނބުރާ ރުޖޫޢަކުރާ ޙާލަތުގައި، އޭނާއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމުގެ މައްޗަށް ނިންމި ނިންމުމެވެ. އެހެނީ، އަޙްމަދު އިސްމާޢީލް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރަޝަން ލިމިޓެޑްގެ ވަޒީފާއިން ވަކިކުރުމާ ހަމައށ ބޭންކް ލޯނު ހުށަހަޅާފައިނުވާ ސަބަބުގެ މައްޗަށްރިޢާޔަތްކޮށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން އަޙްމަދު އިސްމާޢީލްއަށް ލިބިފައިވާ ފްލެޓް ގަތުމުގެ ފުރުޞަތު ބާޠިލުކުރަންހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއިން ނިންމާފައިވާކަން އެނގެން ނެތްއިރު، މި ފުރުޞަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއިން ބާޠިލުކުރުމަށް ނިންމާފައިވަނީ އަޙްމަދު އިސްމާޢީލް ވަޒީފާއިން ވަކިކުރިފަހުންކަނ އެނގެން އޮތްކަމުގެ މައްޗަށްވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ރިޢާޔަތްކޮށްފައިވާކަން އެނގެން އޮތަތީއެވެ.

130މި ނިންމުމުން އެނގެން އޮތީ، convenience of balance ގ މިންގަނޑުން ވަޒަންކޮށް، ފްލެޓް ގަތުމަށް ލިބިފައިވާ ފުރުޞަތާއަޙްމަދު އިސްމާޢީލްއަށް ގެއްލިގެންދިޔުމަކީ، އޭނާ ވަޒީފާއަށް އަނބުރ ރުޖޫޢަކުރާ ޙާލަތުގައި،އަޙްމަދު އިސްމާޢީލްއަށް ލިބިގެންދާނެ އިއާދަނުކުރެވޭފަދ ގެއްލުމެއްކަމުގައ ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ބުރަވެފައިވާކަމެވެ. އެހެންކަމުން، balance of convenience ގެ މިންގަނޑުން ގެއްލުން ވަޒަންކޮށްފައިވާކަމަށް ބެލެވެއެވެ.

131ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން އެ ފަރާތަށް ލިބޭ ގެއްލުމުގެ ތެރޭގައި ފްލެޓުން ނަފާ ހޯދުމުގެ ޙައްޤުން މަހުރޫމުވާކަމުގައި ބުނެފައިވީނަމަވެސް، ފްލުޓްގ އިމާރާތުގެ މަސައްކަތް ނިމިފައިވާކަމާމެދ އިސްތިއުނާފު ރައްދުވު ފަރާތުން ސުވާލު އުފާއްދާފައިވާ ޙާލަތުގައި، މިވަގުތު ނަފާ ލިބިގަތުމުން މަހުރޫމުވަނީތޯ ނުވަތަ މިއީ މުސްތަޤުބަލަށ ބިނާކޮށް އެ ފަރާތުން ދައްކާ ވާހަކައެއްތޯ ސާފެއްނޫނެވެ. ހަމައެއާއެކު،އަޙްމަދު އިސްމާޢީލްގެ ފަރާތުން އުފަންކުރާ ޙައްޤަކީ ފައިސާއިނ ބަދަލް ދީގެން ނުވަތަ އެހެން ފްލެޓެއް ގަތުމުގެ ފުރުޞަތު ދީގެންވެސް ދެކޮޅުޖެއްސޭނ ޙައްޤެއްކަމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ބުނާއިރު، ތިންވަނަ ފަރާތެއްގެ ޙައްޤު އުފަންވުމުގެ އީހްތިމާލު އޮތްކަމަށް އަޙްމަދު އިސްމާޢީލްގެ ފަރާތުން ބުނާ ބުނުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ޖަވާބުދީފައެއްނުވެއެވެ.

132އެހެންކަމުން، މި ނުކުތާއާ ގުޅިގެން މި އިސްތިއުނާފުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، އަދި އޭގެ އިތުރުން، މިކަމުގައްވަޒީފާއާބެހްޓްރައިބިއުނަލްގެ މަރުޙަލާގައި ދައްކާފައިވާ ވާހަކަތަކަށް ނަޒަރުކޮށް، އިއާދަނުކުރެވޭފަދަ ގެއްލުމާގުޅޭ ގޮތުނިވަޒީފާއާބެހ ޓްރައިބިއުނަލްއިން ނިންމި ނިންމުމުގައި ގޯހެއް އޮތްކަމަކަށް ނުދެކެމެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 270 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އިސްތިއުނާފީ މައްސަލައިގެ ޚަރަދުގެ ގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ޚަރަދުކޮށްފައިވާ -15,000/ރ. )ފަނަރަހާސް ރުފިޔާ( ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅުމުގެ ޙައްޤު އިސްތިއުނާފު ރައްދުވާ ފަރާތަށް އޮތްކަމަށް ކަނޑައެޅޭނެތޯ؟

133މި އިސްތިއުނާފަށް ހުށަހެޅި ޖަވާބުގައި އަޙްމަދު އިސްމާޢީލްގެ ފަރާތުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 270 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އިސްތިއުނާފީ މައްސަލައިގެ ޚަރަދުގެ ގޮތުގައި ޢަޙްމަދު އިސްމާޢީލްގެ ފަރާތުން ޚަރަދުކޮށްފައިވާ 15,000/-ރ. ) ފަނަރަހާސް ރުފިޔާ( ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅުމުގެ ޙައްޤު އޮތްކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވެއެވެ. އަދި މި އެދޭ އެދުމާއެކު، “Agreement on Legal Services” އާއި މި ޚިދުމަތަށް ނިސްބަތްވާ އިންވޮއިސްއަކާއި އަދި މި ފައިސާ ދައްކާފައިވާކަމުގެ ރަސީދެއް ހުށަހަޅާފައިވެއެވެ.

134މިކަމަށް އިސްތިއުނާފުކުރާ ފަރާތުން ދީފައިވާ ޖަވާބަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 270 ވަނަ މާއްދާއަކީ ޝަރީޢަތުގެ ޚަރަދާ ގުޅޭ މާއްދާއަކަށްވާއިރު، އިސްތިއުނާފުކުރުމަށް ހިނގާ ޚަރަދަކީ މ މާއްދާގައި ބަޔާންކޮށްފައިވާ ކަމެއްނޫންކަމަށާއި، އިސްތިއުނާފުކުރުމުގެ މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާއަކީ ކޮބައިކަން ޤާނޫނުގެ އ މާނަކޮށްފައިވާއިރު، އިސްތިއުނާފުގެ ޚަރަދު ހޯދުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނު ދަންނަކަމެއްނޫންކަމަށާއި، އެހެންކަމުން އިސްތިއުނާފު ރައްދުވާ ފަރާތުން އ ބަޔާންކުރާފަދަ ފަރުވާއެއް ނަގައިދެވޭނެކަމުގައި ނުދެކޭކަމުގައެވެ. އިސްތިއުނާފުގެ މަރުޙަލާގައި ޝަރީޢަތުގްޚަރަދު ނަގައިދިނުމަކީ ކުރެވިދާނެކަމެއްނޫންކަމަށާއި، އަދި ޝަރީޢަތުގެ ޚަރަދާއި ގުޅޭ ބާބުގައި ޝަރީޢަތުގެ ޚަރަދު ނަގައިދެވޭނީ ދަޢުވާއަކާ ގުޅިގެން ކަމަށާއި، އިސްތިއުނާފަކީ ގުޅިގެނާ ނޫންކަމުގައ އިސްތިއުނާފުކުރި ފަރާތުން ބުނެފައިވެއެވެ. މީގެ އިތުރުން، ދަޢުވާ އިއި އިސްތިއުނާފުއަކ ތަފާތު މާނައެއް ދެވިފައވ މަފްހޫމްތަކެއ ކަމުގައް އިސްތިއުނާފުކުރި ފަރާތުން ބުނެއެވެ.

135HN9އާންމުގޮތެއްގައި 'ޚަރަދު' (cost) ކަމުގައިބެލެވެނީ، ދަޢުވާއެއް އުފުލުމުގައި ނުވަތަ ދަޢުވާއަކުން ދިފާޢުވުމުގައި ޚަޞްމަކު އަމިއްލައަށް ކުރަންޖެހޭ ޚަރަދުތަކަށެވެ. މި ޚަރަދުތަކުގެ ބޭނުމަކީ ކޯޓު މަރުޙަލާގައި ހޭދަވާ ވަގުތާއި ކުރަންޖެހޭ ޚަރަދުތަކަށް ކޮންމެވެސް މިންވަރެއްގެ ބަދަލެއް ހޯދައިދިނުމެވެ. މި މަފްހޫމު ތަޢާރަފުކުރުމުގ އެންމެ މުހިންމުކަމަކީ،އަސާސެއް ނެތް ބޭނުމެއް ނެތް އަދި އެކަމުގެ ޤާނޫނީ ބިނާއެއް ނެތި ކުރާ ދަޢުވާތައް ކުރުން ހުއްޓުވުމެވެ.

136ޢާންމު އުޞޫލުން ޚަރަދާއި ގުޅޭ އަމުރަކީ، 'ޚރަދ ލިބު ފަރާތް' (receiving party) ގ ނަމުން ނަން ދެވިފައިވާ ފަރާތަކަށް' ޚަރަދު ދައްކާ ފަރާތް' (paying party) ގެ ނަމުން ނަންދެވިފައިވާ ފަރާތުން، ޝަރީޢަތް ހިންގުމާ ގުޅިގެން ހިނގާފައިވާ ވަކި މިންވަރެއްގެ ފައިސާ ދެއްކުމަށް ކުރާ އަމުރެކެވެ. މިކަން މަދަނީ އިޖުރާއަތުގެ ޤާނޫނުގައި'ޝަރީޢަތުގެ ޚަރަދު' އަށް ދީފައިވާ ތައުރީފުންވެސް އެނގެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގައި،'ޝަރީޢަތުގެ ޚަރަދު' ކަމަށ ބުނެފައިވަނީ މަދަނީ ދަޢުވާއެއް ކާމިޔާބުކުރާ ފަރާތަކަށް، އެ ދަޢުވާ ކާމިޔާބުނުވި ފަރާތުގެ ކިބައިން ކޯޓުން ނަގައިދޭ ޝަރީޢަތުގެ ޚަރަދަށެވެ. މިކަން އިތުރަށް މި ޤާނޫނުގެ 270 ވަން މާއްދާގަ )ހ( އިން ސާފުވެގެން ދެއެވެ. އެ މާއްދާގައިވަނީ، އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އާންމު އުސޫލުން، ޝަރީޢަތުގެ ޚަރަދު، ދަޢުވާ ކާމިޔާބުކުރާ ފަރާތަކަށް، އެ ދަޢުވާ ކާމިޔާބުނުވި ފަރާތުގެ ކިބައިން ކޯޓުން ނަގައިދެވޭނެކަމުގައެވެ.

137އާންމު އުޞޫލުން، އެހެނީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 270 ވެނ މާއްދާގަ )ހ( ގައި ބަޔާންކުރާ ގޮތުގެ މަތިން، ޝަރީޢަތުގެ ޚަރަދު ނަގައިދިނުމަކީ ކޯޓުތަކަށް ލިބިދޭ އިޚްތިޔާރެއްކަން މި މާއްދާގެ )ށ( އިން އެނގެއެވެ. އެހެނީ، މި މާއްދާގައި، އެއް ޚަޞްމުގެ ފަރާތުން އަނޭއ ޚަޞްމަށް ޝަރީޢަތުގެ ޚަރަދުތައ ދައްކަންޖެހޭކަން ނުވަތް ނޫންކަމާއި، އަދި ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ދައްކަންޖެހޭ މިންވަރއ ދައްކަންޖެހޭ މުއްދަތު ކަނޑައެޅުމަކީ ކޯޓުގެ އިޚްތިޔާރެއްކަން ބަޔާންކުރާތީއެވެ.

138ބަޔާންކޮށްފައިވާ މާއްދާތަކަށް ބެލުމުން، އަންނަނިވި ޙަޤީޤަތްތައް ދެނެގަނެވެއެވެ. އެއީ،

1. ޝަރީޢަތުގެ ޚަރަދު ނަގައިދިނުމުގައި ކޯޓަށް އިޚްތިޔާރެއް ލިބިގެންވާކަމާއި، އަދި

2. އެއީ ދަޢުވާ ކާމިޔާބުކުރާ ފަރާތަށް، އެ ދަޢުވާ ކާމިޔާބުނުވި ފަރާތުގެ ކިބައިން ނަގައިދޭ ޚަރަދެއް ކަމެވެ. 24 th Adrian Zuckerman, Zuckerman on Civil Procedure: Principles of Practice (4 edn, Sweet & Maxwell 2021), page 1420

139އެއް ޚަޞްމު އަނެއް ޚަޞްމަށް ޝަރީޢަތުގެ ޚަރަދު ދައްކަންޖެހޭތޯއާއި، ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ދައްކަންޖެހޭ މިންވަރާއި، އަދި އެ ޚަރަދު ދައްކަންޖެހޭ މުއްދަތު ކަނޑައެޅުމުގެ އިޚްތިޔާރު ކޯޓަށް ލިބިދީފައިވާއިރު، މި އިޚްތިޔާރު ކޯޓުން ބޭނުންކުރަންޖެހޭނީ ޤާނޫނީ އުސާސްތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ވަކި އެޞލެއްގ (principled and judicial basis) ތެރެއިންނެވެ. މީގެ މާނައަކީ، މި އިޚްތިޔާރު ބޭނުންކުރުމުގައި ޤާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑަށް ރިޢާޔަތްކުރުމާއިއެކު، އ ނިނމުމަކ arbitrary ނިންމުމަކަށްނުވުމެވެ. ހަމައެއާއެކު، މި އިޚްތިޔާރީ ބާރު ބޭނުންކުރުމުގައި، އަސާސީ އެއް ހަމައަކީ ހަމަހަމަ މިންގަނޑަކުން މި ބާރު ބޭނުންކުރުމެވެ.

140ޝަރީޢަތުގެ ޚަރަދު އެއް ޚަޞްމަކު އަނެއް ޚަޞްމަކަށް ދައްކަންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ކޯޓުން ރިޢާޔަތްކުރަންޖެހޭ ކަންކަން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 272 ވަނަ މާއްދާގެ )ހ( ގައި ބަޔާންކުރެއެވެ. އެކަންކަމަކީ،

1. ދަޢުވް ހުށަހެޅުމާއި، ދަޢުވާއަށް ދިފާޢު ހުށަހެޅުމާއި، މައްސަލައިގެ ބަޔާންތައް ހުށަހެޅުމުގައި ޢަމަލުކޮށްފައިވާ ގޮތް ހިމެނޭގޮތުން، ޚަޞްމުން އެ މައްސަލައިގައި ޢަމަލުކޮށްފައިވާ ގޮތް؛

2. ޚަޞްމަކަށް މުޅި މައްސަލަ ކާމިޔާބުނުވި ކަމުގައިވީނަމަވެސް، ދަޢުވާގެ ބައެއް ކާމިޔާބުވެފައިވުން؛

3. މައްސަލަ ޙައްލުކުރުމަށް އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައިވާނަމަ އެކަން؛

4. ހުށަހެޅިފައިވާ ދަޢުވާ ހުރިހާ ޚަޞްމުންނަށްވެސް މުހިންމުވާ މިންވަރު؛

5. މައްސަލައިގެ އުނދަގޫކަމާއި، މައްސަލައިގައި ނަގާފައިވާ ޤާނޫނީ ސުވާލުތަކުގެ މުހިންމުކަން؛

6. މައްސަލައަށް ހޭދަވި ވަގުތު؛

7. މައްސަލައަކީ މުދަލެއް ހިމެނޭ މައްސަލައެއްނަމަ އެ މުދަލުގެ އަގު؛ Nothern Territory v. Sangare [2019] 265 CLR 164

8. މައްސަލައިގައް ޚަޞްމަކު ޢަމަލުކޮށްފައިވާ ގޮތުން، ޝަރީޢަތް ހިންގުން ނުވަތަ ޝަރީޢަތުގެ މަރުޙަލާތައް ފުރިހަމަކުރުމުގައި އެއްވެސް ލަސްވުމެއް މެދުވެރިވެފައިވާނަމަ އެކަނ؛

9. އެނޫންވެސ މައްސަލައިގް ވަށައިގެންވާ އެފަދަ އެންމެހައި ކަނކަމެވް .

141އިސްވެ ބަޔާންކުރި ފަދައިން، ދަޢުވާ ކާމިޔާބުކުރާ ފަރާތަކަށް، އެ ދަޢުވާ ކާމިޔާބުނުވި ފަރާތުގެ ކިބައިން ޝަރީޢަތުގެ ޚަރަދު ނަގައިދިނުމަކީ އާންމު އުޞޫލެވެ. މިއަށް event’ the follow ‘costs ގ ގޮތުގައިވެސް މުޚާތަބުކުރެވެއެވެ. މިފަދައިން މިކަން ކަނޑައެޅިފައިވަން،ދަޢުވާކުރާ ފަރާތުން ދަޢުވާ ކާމިޔާބުވާ ޙާލަތުގައި، ދަޢުވާއެއް ކުރުމަށް ދަޢުވާކުރާ ފަރާތުން ޚަރަދުކުރަނ ޖެހުން ސަބަބަކީ ދަޢުވާކުރާ ފަރާތަށްޙައްޤުވާ ކަމަކުން ދަޢުވާލިބޭ ފަރާތުނ ދަޢވާކުރު ފަރާތާ މުހޭރޫމާ ކުރުމުން ކަމުގައިވާތީއެވެ. އަދި އެ ދަޢުވާއެއް ކާމިޔާބުކުރަނީ ދަޢުވާލިބޭ ފަރާތުންނަމަ، ދަޢުވާލިބޭ ފަރާތުން ދަޢުވާއަށް ދިފްޢ ވުމަށް ކޮށްފައިވާ ޚަރަދަކީ، ދަޢުވާކުރާ ފަރާތަށް ޙައްޤުނުވާ ކަމެއްގެ މައްޗަށް ބަރޯސާވެ ދަޢުވާކުރާ ފަރާތުން ދަޢުވާއެއް އުފުލާފައިވުމެވެ.

142މ އާންމު އްޞުލާއި ކޯޓުން ދުރަށްދާންޖެހޭނީ ވަރަށް އިސްތިސްނާ ޙާލަތްތަކުގައެވެ. އަދި އެފަދައިން ދުރަށްދާންވާނީ، ސަބަބުވެރި އަދި އަދުލުވެރި (rules of reason and justice) އުޞޫލެއްގެ ތެރެއިންނެވެ. ހަމައެއާއެކު، އާންމު އުޞޫލުން ދުރަންދާންޖެހޭ ސަބަބު ބަޔާންކޮށްދިނުމުގެ ބުރަ އޮންނާނީ ދަޢުވާ ނުވަތަ މައްސަލަ ކާމިޔާބުނުވި ފަރާތުގެ މައްޗަށެވެ.މިފަދަ އިސްތިސްނާ ޙާލަތްތަކުގެ ތެރެއިނާ،ކާމިޔާބުކުރި ފަރާތުން ބޭކާރު ޚަރަދުކުރުމާއި، ވަގުތު އިތުރުކުރުމުގެ ސަބަބުން ހިނގި ޚަރަދުތަކާއި، ކާމިޔާބުވި ފަރާތަށް nominally ކާމިޔާބުވުމާއި، ދަޢުވާއަކީ އާންމުންގެ މަޞްލަޙަތު ހިމެނޭ ދަޢުވާއަކަށްވުން ފަދަ އިސްތިސްނާތައް ހިމެނެއެވެ. William v. Lewer [1974] 2 NSWLR 91 Waterman v. Gerling Australia Co Pty Ltd (No 2) [2005] NSWSC 1111 29 th އަދި edition (2022), Oxford Law Trove A Practical Approach to Civil Procedure, 24 Stuart Sime,

143ޝަރީޢަތުގެ ޚަރަދު ކަނޑައެޅުމުގައި ދެ ގޮތަށް ޢަމަލުކުރެވިގެންދާކަނ މަދަން އިޖުރާއަތުގެ ޤާނޫނުން ފާޅުވެއެވެ. އެއީ ޚަރަދުގެ ގޮތުގައި އެކަށީގެންވާ މިންވަރެއް ދެއްކުމަށް ކޯޓުން އެންގުމެވެ. ނުވަތަ ތަފްޞީލު އެސެސްމެންޓެއް ހެދުމަށްފަހު ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު ކަނޑައެޅުމެވެ. އެސެސްމެންޓެއް ހެދުމަށްފަހު ޝަރީޢަތުގެ ޚަރަދު ނަގައިދިނުމުގައި ޢަމަލުކުރާ ގޮތްތަކަކީ އާންމު އުޞޫލުން ޚަރަދު ނަގައިދިނުން (standard basis) ނުވަތު ލިބުނު ގެއްލުން ފޫބެއްދޭނެ މިންވަރަށް ޚަރަދު (indemnity basis) ނަގައިދިނުމެވެ.

144އާންމު އިޞލުގެ ދަށުން ޚަރަދު ނަގައިދިނުމުގައި (standard basis) ދަޢވާގައު ހިމެނި ކަންކަމާ ގުޅިގެނ ކޮށްފައިވް ޚަރަދާ އެކަށީގެންވާ މިންވަރެއް ދައްކަން ކޯޓުން އަންގާނއެވެ.އެގޮތުން، އެ ޚަރަދަކީ ކޮންމެހެން ކުރަންޖެހިގެނ ކުރް ޚަރަދެއްނަމަވެސް، އެއީ އެކަށީގެންވާ މިންވަރެއްކަމަށ ކޯޓަށް ޤަބޫލުނުކުރެވޭނަމަ، އެ ޚަރަދެއް ނަގައެއް ނުދެވޭނެއެވެ. އަދަޚަރަދު ނަގައިދެވޭ ފަރާތުން އ ޚަރަދުތައް ކޮށްފައިވަނީ ކޮންމެހެން ކުރަންޖެހިގެންކަނ ނުވަތް އެކަށީގެންވާ ޙާލަތެއްގައިތޯ ނުވަތަ ޚަރަދުގެ މިންވަރަކީ އެކަށީގެންވާ ޢަދަދެއްތޯ، އެކަންކަމާމެދު އުފެދޭ ސުވާލުތަކަށް ޙައްލެއް ލިބިގެންދާނެ ގޮތަކަށް ކޯޓަށް ޚަރަދު ނަގައދެވިދާނެއެވ.

145ލިބުނު ގެއްލުން ފޫބެއްދުމުގެ ގޮތުން basis) (indemnity ޚަރަދުގެ މިންވަރެއް ކޯޓުން ކަނޑައަޅާނަމަ، ޚަރަދުތައް ކޮށްފައިވަނީ ކޮންމެހެން ކުރަންޖެހިގެނ ނުވަތް އެކަށީގެންވާ ޙާލަތެއްގައިތޯ ނުވަތަ ނޫންތޯއާއި ޚަރަދުތަކުގެ ޢަދަދުތަކަކީ މުނާސަބު ޢަދަދެއްކަން ނުވަތަ ނޫންކަން ފަދަ Civil Trials Benchbook, Judicial Commission of New South Wales, retrieved from https://www.judcom.nsw.gov.au/publications/benchbks/civil/costs.html މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 276 ވަނަ މާއްދާގެ )ރ( އާއި 273 ވަނަ މާއްދާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 273 ވަނަ މައްދާގެ )ހ( ގައި މިފަދައިން ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 273 ވަނަ މާއްދާގެ )ށ( އާއި، އެ ޤާނޫނުގެ 275 ވަނަ މާއްދާ ސުވާލުތަކާމެދ ގޮތެއު ނިންމުމުގައި، ޚަރަދު ނަގައިދެވޭ ޚަޞްމުގެ މަޞްލަޙަތަށް ކޯޓުން އިސްކަންދޭނެއެވެ.

146ޝަރީޢަތުގެ ޚަރަދު ނަގައިދިނުމަށް ކޯޓުން ކުރާ އަމުރެއްގައި ޚަރަދުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު ކަނޑައަޅާފައިވާނަމަ، އެ އަމުރުގައިވާ ތާރީޚުން ފެށިގެން 14 )ސާދަ( ދުވަހުގެ ތެރޭގައި އެ ޚަރަދު ދައްކަންވާނެއެވެ. ޝަރީޢަތުގެ ޚަރަދު ނަގައިދެވޭ ފަރާތުން، ހަމަ އެ ޝަރީޢަތުގައި ޚަރަދުގެ ފައިސ ދޭންޖެހޭ ޙާލަތެއް ވުޖޫދުވެއްޖެނަމަ، ޚަރަދުގެ ގޮތުގައި ލިބެންޖެހޭ ފައިސާއާއި، ޚަރަދުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އަޅައިކެނޑުމަށްފަހ، ބާކީ އޮތް މިންވަރު ދެއްކުމަށް އެންގުން ޤާނޫނ ހުއްދަކުރެއެވެ. އަދި ޚަރަދުގެ ގޮތުގައި ފަހުން ލިބެންޖެހޭ ފައިސާ ދެއްކުމަށް ކޯޓުން އަންގާ އެންގުން، އެ ފަރާތުން ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާޞްކުރަންދެން މަޑުޖެއްސުމަށް އެންގުންވެސ ޤާނޫން ހުއްދަކުރެއެވެ.

147ކުދި މައްސަލަތުގެ ޓްރެކުނ ބަލް މައްސަލަތަކުގައި ނަގައިދެވޭ ޚަރަދުތައް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 279 ވަނަ މާއްދާގައި ބަޔާންކުރާއިރު، އެއީ ދަޢުވާ ފޯމު ހުށަހެޅުމަށް ކޯޓަށް ދައްކާފައިވާ ފީއާއި، މީގެ އިތުރުން ކޯޓަށް ދައްކާފައިވާ އެހެން ފީއާއި، ވަގުތީ އަމުރާކަށ އެދް ހުށަހަޅާފައިވި މައްސަލައެއްނަމަ، ޚަޞްމަކު ތަމްސީލުކުރަނ ޤާނޫނީ ވަކީލެއްނަމ ޤާނޫނަ ވަކީލު ފޯރުކޮށްދީފައިވާ ޚިދުމަތުގެ ފީއާއި،ކޯޓަށް ޙާޟިރުވމަށާހެކިބަސްދޭ ފަރާތެއް ނުވަތަ މައްސަލައިގެ ޚަޞްމު އެއްރަށުނ އަނެއް ރަށަށް ދަތުރުކުރުމަށާއި އެ ރަށެއްގައި ހުރުމަށް ކޮށްފައިވާ އެކަށީގެންވާ މިންވަރެއްގެ ޚަރަދު އ،ކޯޓަށް ޙާޟިރުވުމަށް ހެކިބަސްދޭ ފަރާތެއް ނުވަތަ މައްސަލައިގެ ޚަޞްމު ދަތުރުކުރަންޖެހުމުގެ ސަބަބުން ނުވަތަ ރަށުން ބޭރުގައި ހުންނަންޖެހުމުގެ ސަބަބުން އެފަރާތެއް އަދާކުރާ ވަޒީފާ ނުވަތަ ކުރާ މަސައްކަތުގެ އުޖޫރައިން އެއްވެސް މިންވަރެއް އުނިވެފައިވާނަމއެ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދެވޭ އެކަށީގެންވާޢަދަދާއި،ޚަބީރަކު ޙާޟިރުކުރުމަށް ހިނގި އެކަށީގެންވާ މިންވަރެއްގެ ޚަރަދިއި އަދެޚަޞްމުގެ ޢަމަލުތައް ހުރިގޮތުގެ ސަބަބުން މައްސަލައިގައ ހިނގާފައިވާ އިތުރު ޚަރަދުކަމަށް ކޯޓުން ހަދާ އެސެސްމަންޓަކުނ ކަނޑައަޅް ޢަދަދެވެ. މިނޫނ ޚަރަދެއް ކޯޓުން ނަގައިދީގެންނުވާނެއެވެ.

148ޝަރީޢަތުގެ ޚަރަދާއި ގުޅޭ އުޞޫލުތައް ބަޔާންކުރުމަށްފަހު، އިސްތިއުނާފުކުރ ފަރާތުން އުފައްދާ ބަހުސަށް ޖަވާބެއްދޭނަމެވެ. އެއީ، އެ ފަރާތުން އިސްތިއުނާފުގެ މަރުޙަލާގައި ޝަރީޢަތުގެ ޚަރަދު ނަގައިނުދެވޭނެކަމުގެ މައްޗަށް އުފައްދާ ބަހުސެކެވެ.

149ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ނަގައިދެވޭނެ ޚަރަދުތައް މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ވަކިވަކިން ތަފްޞީލުކޮށް މިސާލުދީފައިނުވިނަމަވެސް، އެއީ ދަޢުވާ ކާމިޔާބުކުރި ފަރާތުން ދަޢުވާގައި ހިމެނޭ ކަންކަމާ ގުޅިގެން ކޮށްފައިވާ ޚަރަދުތައްކަން އިސްވެ ބަޔާންކޮށްފައިވާ މާއްދާތަކުން ސާފެވެ.

150އާންމު އުޞޫލުން ޚަރަދުގެ ތެރޭގައި ފީތަކާއި، ޗާޖުތަކާއި، ޑިސްބާރސްމަންޓްތަކާއި، ޚަރަދުތަކާއި، އުޖޫރަތަކާއި، ވަކާލާތުކުރާ ފަރާތަށް ދޭންޖެހޭ ފީތައް ހިމެނެއެވެ.ޚަރަދުގެ ތެރޭގައި ވަކީލަށްކުރާ ޚަރަދު ނަގައިދެވޭކަމާމެދު އެއްވެސް ސުވާލެއްނެތެވެ. އެހެނީ، އެއީ ދަޢުވާގެ ތެރޭގައި ޚަޞްމަކުކުރަންޖެހޭ އެންމެ އަސާސީ ޚަރަދު ކަމުގައިވާތީއެވެ.މިއީ ޝަރީޢަތުގެ ޚަރަދުގެ ތެރޭގައި ހިމެނޭ ޚަރަދެއްކަން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 279 ވަނަ މާއްދާއިންނާއި، 421 ވަނަ މާއްދާގެ )ބ( ގެ )4( ވަނަ ނަންބަރުން ދަލާލާތުކޮށްދެއެވެ.

151އިސްތިއުނާފުގެ މަރުޙަލާގައި ޝަރީޢަތުގެ ޚަރަދު ނަގައިދެވޭނެތޯ ނުވަތަ ނޫންތޯ، މިއީ މި މައްސަލައިގައި ކުރިމަތިކޮށްފައިވާ ސުވާލެވެ. Rule 44.1 (1) of Civil Procedure Rules 1998 (UK) - ‘costs’ includes fees, charges, disbursements, expenses, remuneration, reimbursement allowed to a litigant in person under rule 46.5 and any fee or reward charged by a lay representative for acting on behalf of a party in proceedings allocated to the small claims track.

152މެކަމުނ އިތުރަށް ފެންމަތިވާ ސުވާލުތަކަކީ، ޝަރީޢަތުގެ ޚަރަދު ނަގައިދިނުމުގެ ބޭނުމުގައި މަދަނީ ދަޢުވާއެއްގެ ގޮތުގައެ ނުވަތި މަދަނަ މައްސަލައެއްގެ ގޮތުގައި ބެލެވޭނީ ހަމައެކަނި ދަށު މަރުޙަލާގެ މައްސަލަ ހެއްޔެވަ؟ ޝަރީޢަތުގެ ޚަރަދަކީ ދަށު ކޯޓުގެ ނިންމުން ނުވަތެވަޒީފާއާބެހޭޓްރައިބިއުނަލްގ ނިންމުން އިސްތިއުނާފަށް ހުށަހެޅުމުން ނަގައިދެވޭނެ ޚަރަދެއްނޫން ހެއްޔވ ؟

153މ ސުވާލަށް ޖަވާބު ދިނުމުގައި ފުރަތަމަ ނަޒަރުކުރާނ މަދަނީ ދަޢުވީ ނުވަތާ މަދަނަ މައްސަލައަކީ ކޮބައިކަމަށެވެ. ނުވަތަ އޭގެ ތައުރީފަށެވެ. އެހެނީ، މިއީވެސް މި ބަހުސްގެ ތެރެއިން އިސްތިއުނާފ ރައްދުވާ ފަރާތުން ޙަވާލާދޭ ކަމަކަށްވާތީއެވެ.

154މަދަނީ ދަޢުވާ ނުވަތަ މަދަނީ މައްސަލައަކީ، މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އުފެދޭ މަދަނީ ދަޢުވާތަކެވެ.އަދ މި މަދަނީ މައްސަލަތައް ބަލައި ހިންގާ އެންމެހާ ކޯޓުތަކުގެ މައްޗަށް މި ޤާނޫނ ހިނގައެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ތަޢާރަފަށް ބަލާއިރު،މި ޤާނޫނަކީ ދިވެހިރާއްޖޭގ ޝަރުޢީ ކޯޓުތަކަށެހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީޢަތުގެ ކުރީގެ އިޖުރާއަތާއި، އެފަދަ މައްސަލަތަކުގެ ޝަރީޢަތުގެ މަރުޙުލ ހިނގާ ގޮތާއި، ހެކީގެ އޞްލުތަކާއި، ގޮތެއް ނިންމުމުގައާއި، ޙުކުމް ތަންފީޛުކުރުމުގައި ޢަމަލުކުރާނެ އިޖުރާއަތުތަކާއި، އެނޫންވެސް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ އާންމު އުޞޫލުތައް ބަޔާންކުރާ ޤާނޫނު ކަމުގައި ކަނޑައަޅާފައިވެއެވެ.މީގެ ތެރޭގައި އިސްތިއުނާފުގެ މައްސަލަތައްވެސް ޝާމިލުވާކަނ އެނގެން މަދަނީ މައްސަލަތަކުގެ އިސްތިއުނާފު ބެލުމުގެ އިޚްތިޞާޞް ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިގެންވާތީއާއި، މި ޤާނޫނުގެ 3 ވަނަ މާއްދާގަ )ށ( އިންނާއި، އަދި އެކަމަށް ޚާއްޞަވާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ސައްބީސްވަނ ބާބު، އިސްތިއުނާފުކުރުމުގެ ބާބުންނެވެ. ޤާނޫނު ނަންބަރު 2010/22 )ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު(ގެ 31 ވަނަ މާއްދާއާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 280 ވަނަ މާއްދާގެ )ހ(

155އާންމު އިޖުރާއަތުގެ ތެރެއިން ނުވަތަ މަދަނީ އިޖުރާތުގެ ޤާނޫނުގެތެރެއިންމައްސަލައެއ އިސްތިއުނާފުކުރެވޭ ހިނދު، އިސްތިއުނާފީ ކޯޓުގައިވެސް ކުރިއަށްދަނީ އިސްތިއުނާފުގެ ޝަރީޢަތެވެ. އިސްތިއުނާފަ މަރާ ޙު ލާގައިވެސ އިސްތިއުނާފުކުރުމަށް އެދް ފޯމު ހުށަހަޅައި، ދިފެ ޢެގެ ނަޒަރިއްޔާގ ތެރެއިން އެއަށް ރައްދެއް ހުށަހެޅިގެންދެއެވެ. އަދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 24 ވަނަ މާއްދާގެ ސިޔާގުގެ ތެރެއިން "ޓްރަޔަލް" އެއް ހިންގެއެވެ.އަދ މި ޙާލަތުގައިވެސް، މަދަނީ ދަޢުވާގެ މަހައްލުގ ތެރެއަށް ވަންނަ އިސްތިއުނާފު ކާމިޔާބުކުރާ ފަރާތަށް، ކާމިޔާބުނުވި ފަރާތުގެ ކިބައިން ކޯޓުނ ޝަރީޢަތުގެ ޚަރަދު ނަގައިދެވޭނެކަމީ، މަދަނީ އިޖުރާއަތުގެ ޤާނޫނު ހިނގާ ޤައުމުތަކުގައި އިސްތިޤްރާރުވެފައިވާކަމެކެވެ.

156ޝަރީޢަތުގެ ޚަރަދު ނަގައިދިނުމަށް އިސްތިސްނާވާ ބާވަތުގެ މައްސަލަތައް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 271 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކުރެއެވެ. އެއީ ޢާއިލީ މައްސަލަތަކާއި، ތަރިކައިގެ އެޞުލުން މުދާބެހުމާގުޅޭ މައްސަލަތެވެ. މި މާއްދާއިންވެސް ސާފުވެގެންދަނީ، މަދަނީ މައްސަލަތަކުގެ ތެރެއިން ޢާއިލީ މައްސަލަތަކާއި، ތަރިކައިގެ އްޞުލުން މުދާބެހުމާގުޅޭ މައްސަލަތަކުގެ މައްޗަށ ޝަރީޢަތުގެ ޚަރަދު ނެގުމާގުޅޭ އާޞެލުތައް ނުހިނގާއިރު، އިސްތިއުނާފުގެ މައްސަލަތައް އިސްތިސްނާ ކޮށްފައިނުވާކަމެވެ. އޭގެ ނަތީޖާއަކީ، އާންމު އުޞޫލުގެ ‘costs follow the event’ މި ބިނާގެ ދަށުން އިސްތިއުނާފުގެ މަރުޙަލާގައިވެސް ޝަރީޢަތުގެ ޚަރަދު ނަގައިދެވޭނެކަމެވެ.

157މިކަމަށް އިތުރަށް ގަވާއިދު ނަންބަރ 2022/R-100 )ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު( ގ 48 ވަނަ މާއްދާއިން ބާރުދެއެވެ. މި މާއްދާގައިވަނީ،ދިވެހިރާއްޖޭގ ސުޕްރީމް ކޯޓުން ނިންމާ މައްސަލައެއްގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ފަންސަވީސްވަނަ ބާބުގެ މިސާލަކަށް، އިނގިރޭސިވިލާތުގެ Civil Procedure Rules ގައި "ޚަރަދު" ގޭ ތެރޭގައި ވަކީލަށް ކުރަންޖެހުނު ޚަރަދު ހިމެނޭއިރު، އިސްތިއުނާފީ މަރުޙލާގައަ އިސްތިއުނާފި ކޯޓުން ޝަރީޢަތުގެ ޚަރަދު ދިނުމަށް އަމުރުކުރެވކަނ Rule 44.10 (4) އާއި Rule 52 އިން އެނގެއެވެ. އިސްތިއުނާފީ މަރުޙަލާގައި ޝަރީޢަތުގެ ޚަރަދުގެ އިޖުރާއަތުތައް އިނގިރޭސިވިލާތުގެ Senior Courts Act 1981ގެ 51 ވަނަ މާއްދާގައި ތަފްޞީލުކޮށްފައިވެއެވެ. ދަށުން ޝަރީޢަތުގެ ޚަރަދު ނަގައިދިނުމަށް ނިންމާނަމަ، އެ މައްސަލައިގައި ޚަރަދު ނަގައިދިނުމަށް ދިވެހިރާއްޖޭގިސުޕްރީމ ކޯޓުން ކަނޑައަޅާގޮތ މައްސަލް ނިމުނަ ގޮތުގައު ބަޔާންކުރަންވާނެކަމަށާއި، ޝަރީޢަތުގެ ޚަރަދު ނަގައިދިނުމަށް ނިންމައިފިނަމަ، ޝަރީޢަތުގެ ޚަރަދު ނަގައިދިނުމަށް އެދޭ ހުށަހަޅާނީ،ދިވެހިރާއްޖޭގ ސުޕްރީމް ކޯޓުން އެ މައްސަލަ ނިންމި ތާރީޚުން ފެށިގެން 15 )ފަނަރަ( ދުވަހުގެ ތެރޭގައި ފުރަތަމަ މަރުޙަލާގައި އެ މައްސަލަ ބެލި ކޯޓަށް ކަމުގައެވެ.

158މި ނައްސުން ޔަޤީންކަށަވަރުވެގެންދަނީ، އިސްތިއުނާފީ މަރުޙަލާގައިވެސް ޝަރީޢަތުގެ ޚަރަދު ނަގައިދިނުމަށް ނިންމުމުގެ އިޚްތިޔާރު ލިބިގެންވާކަމާއި، އެކަމަށް އެދި ހުށަހަޅަންވާނީ އެ މައްސަލަ ފުރަތަމަ މަރުޙަލާގައި ބެލި ކޯޓަށް ކަމުގައެވެ.

159ޝަރީޢަތުގެ ޚަރަދު ނަގައިދިނުމާބެހޭ އުޞޫލުގެ ދަށުން، ޚަރަދު ހޯދުމުގެ ޙައްޤު ލިބިގެންވާކަން އިސްތިއުނާފީ މަރުޙަލާގައި ކަނޑައަޅާފައިވެއެވެ. މިގޮތުން، މި ކޯޓުގެ ނަންބަރ 2022/HC-A/456 ސިވިލް ސަރވިސް ކޮމިޝަން ވ. މުޞްޢަބު ޢަބްދުﷲޤަޟިއްޔާއަށް ބަލާއިރު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 270 ވެނަމާއްދާއަކ ދަޢުވީ ކާމިޔާބުކުރާ ފަރާތަކަށް، އެ ދަޢުވާ ކާމިޔާބުނުވި ފަރާތުގެ ކިބައިން، ޝަރީޢަތުގެ ޚަރަދު ނަގައިދިނުމާގުޅޭ އުޞޫލުތައް ބަޔާންކުރާ މާއްދާއެއްކަމަށާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ފަންސަވީސްވަނަ ބާބުގެ ދަށުން، ޝަރީޢަތުގެ ޚަރަދު ނަގައިދިނުމާބެހޭ އުޞޫލުތައް ބަޔާންކުރާ މާއްދާތައް ތަރުތީބުކުރެވިފައިވާ ގޮތުގެ މައްޗަށް، އެ މާއްދާތައް އެކުއެކީ ކިޔާލުމުން، އިސްތިއުނާފީ މަރުޙަލާ ހިމެނޭހެން ޝަރީޢަތުގެ ޚަރަދު ހޯދުމަށް އެދި ހުށަހަޅަންޖެހެނީ ފުރަތަމަ މަރުޙަލާގެ ކޯޓަކަށްކަން އެނގޭކަމާއި، މީގެ މާނައަކީ، ދިވެހިރްއްޖޭގެ ހައިކޯޓުން ނުވަތަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާ އިސްތިއުނާފީ މައްސަލައެއްގެ ޝަރީޢަތުގެ ޚަރަދު ހޯދުމަށް އެދި މައްސަލަ ކާމިޔާބުކުރާ ފަރާތުން ހުށަހަޅަންޖެހެނީ އެ މައްސަލައެއް ފުރަތަމަ މަރުޙަލާގައި ބެލި ކޯޓަށްކަމުގައި ބަޔާންކުރެއެވެ.

160މި ކޯޓުގެ ނަންބަރު 2024/HC-A/210 މުޙައްމަދު ފާރިޒް ފާކިރު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްޤަޟިއްޔާއ ގުޅިގެނާ އިސްތިއުނާފީ ފޯމު ބާޠިލުކުރުމަށް އެދި ހުށަހެޅި އިޖުރާއީ އިޢުތިރާޟާ ގުޅިގެން އިސްތިއުނާފު ފޯމު ބާޠިލުކުރުމާއެކު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 270 ވަނަ މާއްދާގެ ދަށުން، އެ އިސްތިއުނާފުގެ މައްސަލަ ރައްދުވި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝޯނ ލިމިޓެޑްގެ ފަރާތުން އެ މައްސަލަ ބެލި ދަށު ކްޓަށް ހުށަހަޅައިފިނަމަ، ޝަރީޢަތުގެ ޚަރަދު ނަގައިދިނުމާބެހޭ އުޞޫލުގެ ދަށުން ވަކީލު ޚަރަދު ހޯދުމުގެ ޙައްޤު ލިބިގެންވާކަމަށް ކަނޑައަޅާފައިވެއެވެ.

161އެހެންކަމުން، އިސްތިއުނާފުގެ މަރުޙަލާގައި ޝަރީޢަތުގެ ޚަރަދު ނަގައިނުދެވޭނެކަމަށް އިސްތިއުނާފްކުރާ ފަރާތުނައުފައްދާފައިވާ ބަހުސަކީ، ބަޔާނވެދިޔް ޤާނޫނީ ނައްސުތަކުގެ އަލީގައި، އެއްވެސް ޤާނޫނީ ބުރަދަނެއްހުރި ބަހުސެއްކަމުގައި ނުދެކެމެވެ.

162HN10މި މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ވަގުތީ އަމުރެއްގެ އިސްތިއުނާފެއްކަމަށްވާއިރު، މ އިސްތިއުނާފީ މައްސަލައިގެ ޚަރަދުގެ ގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ޚަރަދުކޮށްފައިވާ މިފަދައިނ މިކަން ބަޔާންކުރިނަމަވެސް، މިކަން ކުރާނެ އިޖުރާއަތެއް ދިވެހިރާއްޖޭގު ހައިކޯޓުގެ މަދަނިއިޖުރާތުގެ ގަވާއިދގައ ފެންނާކަށްނެތެވެ. އަދި އިސްތިއުނާފީ މަރުޙަލާއިން ޚަރަދުލިބިދެވޭނެކަން ކަނޑައެޅުމުން، ފުރަތަމަ މަރޙު ލާގައި އެ މައްސަލަ ބެލި ކޯޓުން އެ ޚަރަދު ނަގައިދެނީ މުގައި ޢަމަލުކުރާނެ އިދާރީ މިންގަނޑެއް ދާޚިލީ ގަވާއިދެއްގައިވެސް ފެންނާކަށްނެތެވެ. މިކަމުގައި ޢަމަލުކޮށްފައިވާގޮތަށް ބަލާއިރު، މިކޯޓުގެ ނަންބަރު 2025/HC-A/26 )އާސިޔ މުޙައްމަދާ ވ. ޙައްވާ ޒާހިރާ އަދި ޢަބްދުލްޖަލީލު ޢަބްދުއްރަޙްމާން( ޤަޟިއްޔާގެ 87.3 ވަނަ ނުކުތާގައި އިސްތިއުނާފީ ޤަޟިއްޔާއާ ގުޅިގެން ކޮށފައިވް ޤާނޫނާ މަސައްކަތުގެ ޚަރަދު ހޯދުމުގެ ޙައްޤު ޙައްވާ ޒާހިރާއަށ ލިބިގެންވާކަމަށް ކަނޑައަޅާފައިވެއެވެ. އަދ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2025/HC-A/26 ޤަޟިއްޔާގައި، ޙައްވާ ޒާހިރާ ކޮށްފައިވާ ޤާނޫނީ ޚަރަދު އާސިޔާ މުޙައްމަދުގެ ކިބައިން ހޯދުމުގެ ޙައްޤު ޙައްވާ ޒާހިރާއަށް ލިބިގެންވާކަމަށް އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވާތީ، އެ ޙުކުމަށް ބިނާކޮށް ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި 15,000ރ. )ފަނަރަހާސް ރުފިޔާ( ހޯދުމަށް އެދި ޙައްވާ ޒާހިރާގެ ފަރާތުން އާސިޔާ މުޙައްމަދުއަށް ރައްދުވާގޮތަށް ސިވިލް ކޯޓަށް އެ ކޯޓުގެ ނަންބަރ 173-CVCHD-2025 ޤަޟިއްޔާއިން މައްސަލަ ހުށަހެޅިއެވެ. ސިވިލް ކޯޓަށް އެ ކޯޓުގެ ނަންބަރ 173-CVCHD-2025 ޤަޟިއްޔާ ނިންމާފައިވަނީ، ވަކީލަށް ކޮށްފައިވާ ޚަރަދު ސާބިތުވާކަމަށް ކަނޑައަޅައެވެ. 15,000/-ރ. )ފަނަރަހާސް ރުފިޔާ( ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅުމުގެ ޙައްޤު އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިގެންވާކަމަށް ކަނޑައަޅުމަށް އެ ފަރާތުން އެދިފައިވެއެވެ.

163މ އިސްތިއުނާފުގެ މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނިންމާފައިވާ ވަގުތީ އަމުރެއްގެ އިސްތިއުނާފެއްކަމުގައިވީނަމަވެސް، އިސްތިއުނާފުގެ މަރުޙަލާގެ ޚަރަދު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނަގައިދިނުމުގެ އިޖުރާއަތެއް އެ ޓްރައިބިއުނަލުގައި ޤާއިމުކުރެވިފއިނުވާކަން އެ ޓްރައިބިއުނަލްގެ ގަވާއިދުން އެނގެއެވެ.ވަޒީފިއާބެހޭ ޓްރައިބިއުނަލްގައި ހިނގާ މައްސަލައިގެ ތެރެއިން ވަކީލު ފ ހޯދުމަށް އެދޭ ޙާލަތުގައި، އެ ފީ ނަގައިދެވެނީ އެ ޓްރައިބިއުނަލުން ލިބިގެންވާ ބާރުތަކުގެ ތެރޭގައި ބަދަލަ ދިނުމަށު ކުރް ބާރާ ހިމެނޭހެން އެ މައްސަލައިގައި އިންސާފު ޤާއިމުކުރުމަށްޓަކައ ނެރެންޖެހޭކިމަށ މައްސަލް ބަލަ މީޖެލްހަށް ފެންނަ ކޮންމެ އަމުރެއް ނެރުމުގެ ބާރު އ ޓްރައިބިއުނަލއަށ ލިބިގެންވާ ބާރުގެ ތެރެއިންނެވެ. މިއީ ވަޒީފާއާބެހޭ ޤާނޫނުގެ 87 ވަނަ މާއްދާގެ )ށ( އާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 105 ވަން މާއްދާގަ ތެރެއިން އެ ޓްރައިބިއުނަލއަށ ލިބިދީފައިވާ ބާރެއްކަން މި ކޯޓުގެ ނަންބަރު 2024/HC-A/262 ސިވިލް ސަރވިސް ކޮމިޝަން ވ. ޑރ. މައުމޫން ޢާޞިމް ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.

164މ މައްސަލައިގައިއިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ އިސްތިއުނާފުގެ މަރުޙަލާގައި ވަކީލުގެ ޚަރަދު ލިބިގަތުމަށެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނެރެފައިވާ ވަގުތީ އަމުރަކީ، އިސްތިއުނާފ ރައްދުވި ފަރާތާ އެއްކޮޅަށް ނެރެފައިވާ އަމުރެއްކަމުގައިވާއިރު، މި އިސްތިއުނާފުގައި އެ ވަގުތީ އަމުރު އެގޮތުގެ މަތިން ދަމަހައްޓާ، އެ އަމުރު ބާޠިލުކުރެވެނ ނެތްކަމަށް ނިންމާހިނދު، މި އިސްތިއުނާފުވެސް ކާމިޔާބުކުރ ފަރާތަކާ އިސްތިއުނާފީ ރައްދުވު ފަރާތެވެ. އިސްވެ ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި، އ ފަރާތަށެ ޝަރީޢަތުގެ ޚަރަދު ނަގައިދިނުމާބެހޭ އުޞޫލުގެ ދަށުން، ވަކީލު ޚަރަދު ހޯދުމުގެ ޙައްޤު ލިބިގެންވެއެވެ.

165އ ޚަރަދު ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅުމުގެ ޙައްޤު އިސްތިއުނާފު ރައްދުވި ފަރާތަށް ލިބިގެންވާކަމަށް ކަނޑައަޅައިދިނުމަށް އެދުނު އެދުމުގައި، ހުށަހަޅަންޖެހޭ މަޙައްލާމެދ އިސްތިއުނާފުކުރާ ފަރާތުން ޖަދަލެއް ހުށަހަޅާފައެއްނުވެއެވެ. އަދި މި މައްސަލައިގައި ޙަޤީޤްތްތަކަށ ބަލާއިރު، އެކަމުގެ އިޚްތިޞާޞް ލިބުން އެންމެ އައުލާވެގެންވަނީ ސިވިލް ކޯޓަށް ކަން ވެސް އަހަރެންނަށް ބުރަވވއެވެ.

166ދެން އޮތީ، ޝަރީޢަތުގެ ޚަރަދުގެ ގޮތުގައިއިސްތިއުނާފީ މައްސަލައިގައި އިސްތިއުނާފުރައްދުވ ފަރާތުނ 15,000/-ރ. )ފަނަރަހާސް ރުފިޔާ( ޚަރަދުކޮށްފައިވާކަމަށް ހުށަހަޅާފައިވާ ލިޔުމާއި ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ކުރި ޖަދަލެވެ.އެ ފަރާތުން ބުނެފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުނ ވަކީލު ފީ ލިބިގަތުމަށް އެދި ހުށަހެޅި ހުށަހެޅުމާއެކު، ހުށަހަޅާފައިވާ ލިޔުމަކީ ހެއްކާބެހޭ ޤާނޫނ އެއްގޮތަށް ހުށަހަޅާފައިވް ލިޔުމެއްކަމުގައިނުވާތީ، އެ ލިޔކިޔުންތަކަށ ރިޢާޔަތްނުކުރެވޭނެކަމުގައެވެ. އެ ލިޔެކިޔުންތަކަކީ ކޮބައިކަން އިސްވެ ބަޔާންކުރެވިއްޖެއެވެ.

167މޭ ނުކުތާގައި އިސްތިއުނާފި ރައްދުވު ފަރާތުން ބުނެފައިވަނީ މި މައްސަލައިގައި ހެއްކާގުޅޭ ކަންކަމުގައި ހިނގާނީ މަދަނީ އިޖުރާއަތުގެ ޤާނޫނުކަމުގައެވެ. މިފަދައިން އެ ފަރާތުން ބުނެ، ޙަވާލާދީ މާއްދައަކ ޤާނޫނު ނަންބަރު 2022/11 )ހެއްކާބެހޭ ޤާނޫނގ( 4 ވަނީ މާއްދާގަ )ރ( އެވެ. މި މާއްދާގައިވަނުމި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޢަމަލުކުރަން ފަށާފައިވާ ނުވަތަ މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ފަހުން ޢަމަލުކުރަން ފަށާ އެހެން ޤާނޫނެއްގައި، މި ޤާނޫނުގައިވާ އާޞުލަކ ޚިލާފަށް ހެއްކާބެހޭ ވަކި ޚާއްޞަ އިޞުލެއ ކަނޑައެޅިގެން ބަޔާންކޮށްފައިވާނަމަ، އެ ޤާނޫނެއްގައި ބަޔާންކޮށްފައިވ އާ ޚާއްޞަ އުޞޫ ލ، މި ޤާނޫނުގައި ބަޔާންވެގެންވާ އްޞެލުގެ މައްޗަށ ހިނގާނކަމުގައެވެ.އަދި، އެ ނިސްބަތަށް، މި ޤާނޫނުގެ ކަމާބެހޭ އޞު ލ ހިފެހެއްޓިގެންވކަމުގައެވެ.

168މަދަނީ އިޖުރާއަތުގެޤާނޫނުގައި ހެއްކާގުޅޭ އުޞޫލުތައް ބަޔާންކުރެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުނ ހުށަހަޅާފައިވް ލިޔެކިޔުންތަކަށް ބަލާއިރު، މި އިސްތިއުނާފުގައި ކަނޑައެޅިގެންދާނީ ޝަރީޢަތުގެ ޚަރަދު ނަގައިދިނުމާބެހޭ އުޞޫލުގެ ދަށުން ވަކީލު ޚާރަދު ހޯދުމުގެ ޙައްޤު އިސްތިއުނާފ ރައްދުވާ ފަރާތަށް ލިބިގެންވާކަން ކަމުގައިވާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކަކީ މި ކޯޓުން މިހިނދު ވަޒަންކުރަންޖެހޭ ލިޔެކިޔުންތަކެއްކަމުގައި ނުދެކޭތީ، މ ލިޔެކިޔުންތަކާމެދު މި އިސްތިއުނާފު ކޯޓުނ ގޮތެއް ކަނޑައަޅަންޖެހކަމުގައި ނުދެކެމެވެ.އެހެނީ، މި ލިޔެކިޔުންތައް ހުށަހަޅައި، ބަހުސްކޮށް، ވަޒަންކުރަންޖެހޭ މަހައްލަކީ ސިވިލް ކޯޓުގ މަރުޙަލާކަމުގައިވާތީއެވެ.

މައްސަލަ ނިންމަން ފެންނަގޮތް

169އިސްވެ ބަޔާންކޮށްފައިވާ ކަންކަމަށް ބިނާކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 6/VTR/2024 މައްސަލައާ ގުޅިގެން ނިންމާފައިވާ ނަންބަރު 200-VTR/VA/2024/25 )03 ޖުލައި 2024( "ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ގޮތް" އިސްތިއުނާފުކުރުމަށް އެދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތްކމަށ ކަނޑައަޅަން ފެނެއެވެ.

170މި އިސްތިއުނާފީ ޤަޟިއްޔާއާ ގުޅިގެން ޝަރީޢަތުގެ ޚަރަދު،ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ކިބައިން ހޯދުމުގެ ޙައްޤު އަޙްމަދު އިސްމާޢީލްއަށް ލިބިގެންވާކަމަށް ކަނޑައަޅަން ފެނެއެވެ.

ފަނޑިޔާރު ޙަސަން ޝަފީޢގު ރައުޔު

171ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔް

172މި މައްސަލައިގެ ރިޔާސަތު ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔުގައެ، 'ކްރިކް ރެސިޑެންސް'ގ ޔުނިޓް 2F-A7 ގަތުމުގެ ފުރުޞަތު އަޙްމަދު އިސްމާޢީލަށް ލިބިގެންދިޔަ އެއްސަބަބަކީ އެޗްޑީސީގެ މުވައްޒަފަކަށް އޭނާ ވުމުގެ ސަބަބުންކަމަށް ވުމާއި، އެޗްޑީސީގެ ވަޒީފާއިން އޭނާ ވަކިކޮށްފައްވަނ ޤާނޫނާ ޚިލާފުކަމަށް ބުނެ، ވަޒީފާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި ގޮތެއް ނިންމަންދެން އޭނާއަށް ފުލެޓް ގަތުމަށް ލިބިފައިވާ ފުރުޞަތު ހިމާޔަތްކުރުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދޭ ހުށަހެޅުމުން އެކަމާމެދު ގޮތެއް ނިންމުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވްކަމަށ ނިންމާފައިވާ ނިންމުމަށް އަހުރެން ތާއީދުކުރަމެވެ.އަދިރިޔާސަތު ފަނޑިޔާރުގެ ރައުޔުގު އ ބަޔާންކޮށްފައިވާ އެހެން ކަންކަމާ އަހުރެން ޚިޔާލު ތަފާތް ވާތީ،އެކަންކަމުގައި އަހުރެނ ދެކޭ ގޮތް ތިރީގައި ބަޔާންކުރަމެވެ.

173މި މައްސަލައިގައި އަޙްމަދު އިސްމާޢީލު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް )އެޗްޑީސީ(ގެ ވަޒީފާއިން ވަކިކޮށްފައިވަނީ، 20 ޑިސެންބަރު 2023 ގައެވެ. އޭނާ ވަޒީފާއިން ވަކިކުރި ކުރުނ ޤާނޫން ޚިލާފުކަމަށް ބުނެ އެމައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށހަޅާފައިވަނ 22 ޖަނަވަރީ 2024 ގައެވެ. ފުލެޓް ގަތުމަށް ފުރުޞަތު ދިނުމުގެ ޝަރުޠަކްއަޙްމަދު އިސްމާޢީލު ޚިލާފުވެފައިވާތީ، އެފުރުޞަތު ބާޠިލުކުރުމަށް 08 އޭޕްރީލް 2024 ގައި އެޗްޑީސީން ނިންމައި އެކަން އަޙްމަދު އިސްމާޢީލަށް އަންގާފައިވެއެވެ.

174އިސްތިއުނާފުކުރެވިފައި މިވާ، ވަގުތީ އަމުރު ނެރެފައިވަނީ، 23 މެއި 2024ގައި ފުލެޓުން ތަޞައްރަފ ކުރުނު ހުއްޓުވައި އަމުރެއް ނެރެދިނުމަށް އަޙްމަދު އިސްމާޢީލުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން 03 ޖުލައި 2024ގައެވެ. އޭގެ ކުރިން އެފުލެޓާގުޅޭ ގޮތުން ތަޞައްރަފުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ހުށަހެޅި ނަމަވެސް، އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވެއެވެ.

175އިސްތިއުނާފު ކުރެވިފައި މިވާ ވަގުތީ އަމުރުގައި ނިންމާފައިވަނީ، މިފަދައިންނެވެ. މ ވަގުތީ އަމުރަށް ބަލާއިރު، މި އަމުރު ނެރުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައިގަނޑު ހަތަރު ކަމަކަށް ރިޢާޔަތްކޮށްފައިވާކަން އެނގެއެވެ. އެއީ:-

175.1.އަޙްމަދު އިސްމާޢީލް، ވަޒީފާއިން ވަކިކުރުމާ ހަމައަށް ބޭންކް ލޯނު ހަމަޖެހުނުކަމުގެ ލިޔުން ހުށަހަޅާފައިނުވާ ސަބަބުގެ މައްޗަށް ރިޢާޔަތްކޮށް، އެޗްޑީސީނ އަޙްމަދް އިސްމާޢީލަށް ލިބިފައިވާ ފުލެޓް ގަތުމުގެ ފުރުޞަތު ބާޠިލުކުރަން ނިންމާފައި ނުވުން؛

175.2. ފުލެޓް ގަތުމުގެ ފުރުޞަތު ލިބުނު މުވައްޒަފުންގެ ތެރެއިން ވަޒީފާގައި، ތިބި މުވައްޒަފުންނަށް ލޯނު ހަމަޖެއްސުމަށް ދީފައިވާ މުއްދަތު އިތުރުކޮށް ދީފައިވުން؛

175.3. ފުލެޓް ގަތުމަށްދީފައިވ ފުރުޞަތާ ބާޠިލުކުރުމަށް ނިންމާފައިވަނީ އަޙްމަދު އިސްމާޢީލް ވަޒީފާއިން ވަކިކުރި ފަހުން ކަމަށްވުން؛ ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ގޮތް ނަންބަރު VTR/VA/2024/12-200 ގެ 4 އަދި 5 ވަނަ ޞަފްހާގައި

175.4.އަޙްމަދު އިސްމާޢީލަށ ފުލެޓް ގަތުމުގެ ފުރުޞަތު ލިބިފައިވަނީ، އެޗްޑީސީގެ މުވައްޒަފެއްގެ ހައިސިއްޔަތުން ކަމަށްވުމާއި، ވަގުތީ އަމުރެއް ނުނެރި އޮވެއްޖެނަމަ، މިމައްސަލައިގ މައުޟޫޢުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާ ނިންމުން ތަންފީޒު ކުރުމަށް ހުރަސްއެޅޭ، އަޙްމަދު އިސްމާޢީލަށް އިޢާދަ ނުކުރެވޭ ފަދަ ގެއްލުމެއް ލިބިދާނެކަމަށް ބުރަވެވުން،އެވެ.

ވަގުތީ އަމުރު ނެރުމުގެ އުޞޫލު

176ވީ ގުތިއަމުރު/ފިޔަވަޅުތަކަކީ މައްސަލައިގެ މައުޟޫޢީ ޙައްޤަށް ޤަޟާޢީ ޙިމާޔަތް ނިހާއީ ސިފައެއްގައި ލިބުމުގެ ކުރިން،ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބިދާނެތީ އެފަދަ ގެއްލުމެއް ވިޔަނުދިނުމަށް ނުވަތަ އެ ގެއްލުންތައް ވީހައ ވެސި ކުޑަކުރުމަށް އަޅެފިޔަވަޅުތަކި ކެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސ ބިޒް )މެލޭޝިޔާ( ވ.އެންޓި-ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައިވަގުތީ އަމުރު ނެރުމުގެ އުޞޫލު ކަނޑައަޅުއްވާފައިވާއިރު، ވަގުތީ އަމުރު ނެރުމުގައި 3 )ތިނެއް( ޝަރުޠެއް ފުރިހަމަވާން ޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އެއީ:-

176.1. ވަގުތީ އަމުރަށްއެދޭ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމްވުން؛

176.2.ވަގުތީ އަމުރު ނެރުމަކާނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ، ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން؛

176.3.ވަގުތީ އަމުރަށްއެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ސިފަތު ނުވަތަ ހައިޞިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާ ފަރާތެއް ކަމުގައިވުން،އެވެ.

2012/SC-A/21

177މިމައްސަލ އިސްތިއުނާފުކުރަ އެޗްޑީސީގެ ފަރާތުން ބުނެފައިވަނީ، އިސްވެ ބުނެވުނު ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ފަދައިން، މި މައްސަލައިގައި ވަގުތީ އަމުރަށްއެދޭ ފަރާތަށް ޤާނޫނީ ގޮތުނ ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް ޤާއިމުވާކަމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި އެނގެން އޮތުމުގެ ޝަރުޠު ފުރިހަމަ ނުވާކަމަށެވެ. އެގޮތަށް ބުނެފައިވަނީ، އަޙްމަދ އިސްމާޢީލުގެ މައްޗަށް ކުރެވިފައިވާ ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތު އިދާރީ ގޮތުންކުރ ތަޙްޤީޤަށް ސާބިތުވެފައިވާތީއާއި އެބާވަތުގެ ކުށުގީތުހުމަތުގައިވާ މުވައްޒަފުންގެ މައްޗަށް ފިޔަވަޅު އެޅުމުގެ ބާރު ވަޒީފާދޭ ފަރާތަށް ލިބިގެންވާތީއާއި އަޙްމަދު އިސްމާޢީލް މެދާ ފިޔަވަޅު އަޅާފައިވަނީ އެފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން ޤާއިމް ކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމު ކުރުމަށް ފަހުގައިކަމަށް ދެކތީކަން އެނގެއެވެ.

178ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރިޖްވުޑް ހޮޓެލްސް އެންޑް ސުއިޓްސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޞަދީފް ޤަޟިއްޔާގައިވަގުތީ އަމުރަށްއެދޭ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢާ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު އޮތްކަން އެނގިގެންދާނީ އެކަމާ ގުޅިގެނ ކޯޓަށް ހުށަހެޅް މައްސަލައިގެ ވާޤިޢާތަކުން ކަމަށްވުމާއެކު، އެފަދަ ވްޤިޢާއެއ ނުވަތް ވާޤިޢާތަކެއް އޮތްކަން ނުވަތް ނޫންކަން ދެނެގަތުމަކީ މިފަދަ ކޮންމެ މައްސަލައެއްގައި ވަކިވަކިން ވަޒަންކުރަންޖެހޭނެ ކަމެއްކަމަށް ބަޔާންކށޮ ފައިވެއެވެ.

ފުލެޓް ގަތުމުގެ ފުރުޞަތު ހިމާޔަތް ދެވިދާނެތޯ ބެލުން

179އަޙްމަދް އިސްމާޢީލް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައި ދިނުމަށްއެދި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައިގެ މައުޟޫޢުގައި ގޮތެއް ނިންމަން ދެން [2021] SC 73 ޝަރީޢަތް ނިމުނު ގޮތުގެ 25 ވަނަ ޕެރެގްރާފްގައި އޭނާއަށްފުލެޓ ގަތުމަށް ލިބިފައިވާ ފުރުޞަތު ގެއްލިގެން ނުދާނެ ގޮތަށް ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެމައްސަލައިގައި ނިންމާނިންމުނ ތަންފީޒުކުރުމަށް ހުރަސްއެޅިދާނެ ކަންކަން ނުވަތަ މުޢާމަލާތްތައް ނުކުރުމަށް އަންގައި ވަގުތީ އަމުރެއް ނެރެދިނުމަށް އަޙްމަދު އިސްމާޢީލްގެ ފަރާތުނ އެދިފައިވެއެވެ.

180މ މައްސަލައިގައި އަޙްމަދު އިސްމާޢީލުގެ ފަރާތުން 'ކްރިކް ރެސިޑެންސް'ގެ ޔުނިޓް 2F-A7 ގަތުމަށް ލިބިފައިވް ފުރުޞަތު ވަގުތީ އަމުރެއްގެ ދަށުން ހިމާޔަތްކޮށް ދިނުމަށް އެދިފައިވާއިރު،އޭނާއަށް އެޔުނިޓ ގަތުމުގެ ފުރުޞަތު ލިބިފައިވަންއެޗްޑީސީގެ ވަޒީފާގައި ތިބި މުވައްޒަފުންނަށް ފުލެޓް ގަތުމުގެ ފުރުޞތަ ދިނުމަށު ހުޅުވާލުމުން އެކަމަށް ކުރިމަތިލި މުވައްޒަފުންގެ ތެރެއިން ފުލެޓް ގަތުމަށް ފުރުޞަތު ދިނުމުގެ ޝަރުޠު އަޙްމަދު އިސްމާޢީލުގެ ކިބައިގައި ފުރިހަމް ވުމުންނެވެ. އެޗްޑީސީގެ މުވައްޒަފުންނަށް ފުލެޓް ގަތުމުގެ ފުރުޞަތު ދީފައިވަނީ ވަކި ޝަރުޠުތަކެއްގެ މަތިންކަމާއި،އެގޮތުން ކަނޑައެޅިފައިވާ ޝަރުޠުތަކުގެ ތެރޭގައި، ފުލެޓުގެ އަގު ދެއްކުން ނުވަތަ ފުލެޓް ގަތުމަށް ބޭންކުން ލޯނު ހަމަޖެހިފައިވާ ކަމުގެ ލިޔުނިކަނޑައެޅިފައިވ ވަކި މުއްދަތެއްގެ ތެރގައޭ،ފުލެޓް ގަތުމުގެ ފުރުޞަތު ލިބާ މުވައްޒަފުން އެޗްޑީސީއަށް ހުށަހަޅަންޖެހެއެވެ. އަޙްމަދު އިސްމާޢީލް، ފުލެޓް ގަތުމަށް ބޭންކު ލޯނު ހަމަޖެހިފައިވާ ކަމުގެ ލިޔުން 01 އޭޕްރީލް 2023ގައި އެޗްޑީސީއަށް ހުށަހަޅަން ޖެހޭއިރު، އެމުއްދަތުގެ ތެރޭގައި ބޭންކް ލޯނު ހަމަޖެހިފައި ނުވާތީ ލޯނު ހަމަޖެއްސުމގްމުއްދަތު އިތުރުކޮށް ދިނުމަށް އެދުމުން 01 ޖޫން 2023އާ ހަމައަށް މުއްދަތު އިތުރުކޮށްދީފައިވީ ނަމަވެސް އެމުއްދަތު ހަމަވިއިރު، ބޭންކް ލޯނު ހަމަޖެހުންކަމުގެ ލިޔުން އަޙްމަދު އިސްމާޢީލުގެ ފަރާތުން އެޗްޑީސީއަށ ހުށަހަޅާފައިނުވެއެވެ.އޭނާއަށީފުލެޓ ގަތުމަށް ދީފައިވާ ފުރުޞަތު ބާޠިލްކޮށްފައިވަނީ،ފުލެޓް ގަތުމަށް ލޯން ހަމަޖެހުނުކަމުގެ ލިޔުން ހުށަހަޅާފައިނުވާތް،ފުލެޓް ގަތުމަށް ފުރުޞަތު ދިނުމުގެ ޝަރުޠަކްޚިލާފުވެ ގެނ ކަން އެނގެއެވެ.

181އަޙްމަދު އިސްމާޢީލުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި އޭނާއަށް ގަތުމުގެ ފުރުޞަތު ލިބިފައިވާ ފުލެޓުގެ މިލްކުވެރިކަން ބަދަލުވެދާނެފަދަ މުޢާމަލާތްކުރުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވަނީ، ފުލެޓް ދިނުމުގެ ޝަރުޠުތަކާ ޚިލާފުވެގެން ފުލެޓް ގަތުމަށް އޭނާއަށް ދީފައިވާ ފުރުޞަތު ބާޠިލުކުރި ފަހުން، އެކަން ރަނގަޅުނުކޮށް، އެޚިލާފުވުން މަތީ ދެމިހުރެކަމާއި، ވަގުތ އަމުރަކީ އިކުއިޓީ )ޢަދާލަތު( ގެ ހަމަތަކުގެ ތެރެއިން ލިބިދޭ ފަރުވާއެއް ކަމުގައިވާތީ ޢަދާލަތެގ ހަމަތަކުގެ މަތިން ފަރުވާ ހޯދުމަށް އަންނަ ފަރާތުގެ އަތް ސާފުވާންވާނެކަމަށް އިކުއިޓީގެ މަބްދަޢުއެއް ކަމުގައިވާ “he who seeks equity must come with clean hand” އަށްރިޢާޔަތްކެށޮ މިކޯޓުގުދިވެހި ދައުލަތް )މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން( ވ. ޙުސައިން ޙާފިޘް އަދި އިތުރު 8 ފަރާތެއް(ޤަޟިއްޔާގައްކަނޑައަޅާފައިވާކަމަށް އެޗްޑީސީގެ ފަރާތުނ ބުނެފައިވެއެވެ.

182އަޙްމަދު އިސްމާޢީލަށ ފުލެޓް ގަތުމުގެ ފުރުޞަތު ލިބިފައިވަނީ އެޗްޑީސީގެ މުވައްޒަފެއްގެ ހައިސިއްޔަތުން ފުލެޓް ގަތުމަށް ފުރުޞަތު ދިނުމުގެ ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވެގެން ކަމުގައިވާއިރު،އެޝަރުޠު/ތައު ފުރިހަމަ ނުކުރާ ޙާލަތެއްގައި އަދި/ނުވަތަ އެޝަރުޠުތަކ ޚިލާފުވެފައިވާ ޙާލަތެއްގައި،މިމައްސަލަ އަޙްމަދު އިސްމާޢީލާ އެއްކޮޅަށް ނިމުނު ނަމަވެސް، އެކަނ ރަނގަޅުނުކޮށ ފުލެޓް ގަތުމަށް ދީފައިވާ ފުރުޞަތު ދެމެހެއްޓިދާނުހަމައެއ އޮތްކަމަކަށް ނުފެނެއެވެ.

183އެހެންކަމުން، ވަޒީފާގެ ހައިސިއްޔަތުން ލިބިފައިވާ ފުލެޓް ގަތުމުގެ ފުރުޞަތުގެ ދަށުން އަޙްމަދު އިސްމާޢީލަށ ދިނުމަށް ކަނޑައެޅި، ކްރީކް ރެސިޑެންސ ޔުނިޓް 2F-A7 އިނ މުޢާމަލާތް ނުކުރުމަށް އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި އަޙްމަދު އިސްމާޢީލުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއިރު، ފުލެޓް ދިނުމުގެ ޝަރުޠަކާ ޚިލާފުވެގެން ފުލެޓް ގަތުމަށް ދީފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/426 ޤަޟިއްޔާ ފުރުޞަތު ބާޠިލްކޮށްފައިވާތީ، އަޙްމަދު އިސްމާޢީލަށް އެފުލެޓ ގުޅާ ގޮތުން ހިމާޔަތް ލިބެންޖެހޭ މައާޟޫޢީ ޙައްޤެއް އޮތްކަމަށް ބެލުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުނުވކަން އެނގެއެވެ.

ގެއްލުން ކުޑަކުރުން

184ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ އެއްވެސް ފަރާތަކަށް ނުރައްކަލެއް ނުވަތަ ގެއްލުމެއް ލިބުމުގެ އިޙްތިމާލު އޮތްތޯ ބަލާއިރު،މިނުރައްކަލާއި ގެއްލުން ވަޒަން ކުރުމުގައި ސިންގަޕޫރާއި އަދިވެސް ގިނަ ޤައުމުތަކެއްގައ ބޭނުންކުރި ޓެސްޓަކީ balance of convenience ޓެސްޓކަމާއި، ވަގުތީ އަމުރު ނެރުމަކާނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތި ވެދާނެކަމަށް ލަފާކުރާ ނުރައްކަލާއި ގެއްލުން ވަޒަންކުރާއިރު،ހަމައެކަނި އަމުރަށްއެދި ފަރާތަށް ކުރިމަތިވެދާނެ ނުރައްކަލާއި ގެއްލުމަށް ބެލުމަކީ ހަމަޖެހޭކަމަކަށް ނުވާނޭކަމާއި،ބެލެންސް އޮފް ކޮންވީނިއެންސް ޓެސްޓްގައި މައްސަލައިގައި ހިމެނޭ އެންމެހައި ފަރާތަކަށް ލިބިދާނެ ގެއްލުން ވަޒަންކުރަނެޖެހޭންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓު ސަރވިސަސް )މޯލްޑިވްސް( ޕްރައިވެޓ ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.އަދިމިކޯޓުގްދިވެހި ދައުލަތް ވ.ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި،ވަގުތީ އަމުރަށް އެދި ހުށަހަޅާ މައްސަލަތަކުގައި ވަގުތީ އަމުރު ނެރެނުދީފިނަމަ އެއަމުރަށް އެދުނު ފަރާތަށް ލިބިދާނެ ގެއްލުމަކަށް ރިޢާޔަތްކުރާ ފަދައިން އެއަމުރު ނެރެދީފިނަމަ އަނެއް ފަރާތަށް ލިބިދާނެ ގެއްލުމަކަށްވެސ ރިޢާޔަތްކުރަން ޖެހޭނެކަމަށް ބަޔާންކޮށްފައިވއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SC 28 ][2021 ޤަޟިއްޔާ 2015/HC-A/71

185ވަގުތީ އަމުރު ނުނެރިއްޖެނަމަ އަދި/ނުވަތަ ނެރިއްޖެނަމަ،މިމައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބުމުގެ އިޙްތިމާލު އޮތް ގެއްލުންތަކާބެހޭ ގޮތުން ވާހަކަ ދައްކާފައިވެއެވެ.ވަގުތީ އަމުރު ނުނެރިއްޖެނަމަ އަޙްމަދު އިސްމާޢީލަށް ލިބޭނެ ގެއްލުންކަމަށް ބޭ ންފައިވަނީ، އނާއަށ މިމައްސަލަ ކާމިޔާބުވާ ޙާލަތެއްގައި އނާއަށ ދިނުމަށް ނިންމާފައިވާ ފުލެޓް އެހެންފަރާތަކަށްދީފައި، ވިއްކާފައި، ނުވަތަ މިލްކުވެރިކަން ބަދަލުވެދާނާފަދަ މުޢާމަލާތެއްކޮށްފައި އޮވެއްޖެނަމަ، މައުޟޫޢީ މައްސަލައިގައި ނިންމްނިންމުނ ތަންފީޒުކުރަން ދަތިތަކެއް ދިމާވުމާއި އނާއަށ ދީފައިވާ ފުލެޓް ނުލިބި ލަސްވުމެވެ. އެޗްޑީސީއަށް ވަގުތީ އަމުރު ނެރިއްޖެނަމަ ލިބޭނެ ގެއްލުންކަމަށް ބނު ފައިވަނީ، ފުލެޓުން ނަފާ ހޯދުމަށް އޮތް ފުރުޞަތު ގެއްލިގެން ދިއުމާއި،އެފަރާތަށް މި މައްސަލަ ކާމިޔާބު ވެއްޖެނަމަ،ވަގުތީ އަމުރެއް ނެރުމުގެ ސަބަބުން ލިބޭނެ ގެއްލުން ފޫބެއްދޭނެ ގޮތެއް ނެތުމާއި އަޙްމަދު އިސްމާޢީލުގެ ކިބައިގައި އެފަދަ ގެއްލުންތައް ފޫބައްދައްދެވޭނެ ގޮތެއް ނެތަ ނުކި މެވެ. އެކަމަކު އަޙްމަދު އިސްމާޢީލަށް މ މައްސަލާ ކާމިޔާބު ވެއްޖެނަމަ،ވަގުތީ އަމުރު ނުނެރުމުގެ ސަބަބުން އަނޭށ ގެއްލުމެއް ލިބިފައިވާނަމަ އެގެއްލުމުގެ ބަދަލު ފައިސާއިން ނުވަތަ އެހެން ފުލެޓެއް ގަތުމުގެ ފުރުޞަތުދީގެން ހަމަޖައްސައިދޭނ ކަމުގެ ޔަޤީންކަން އެޗްޑީސީގެ ފަރާތުން ދ ފާއެވެކަން އެނގއެވ.

186ދެފަރާތުން ދައްކާފައިވާ އެވާހަކަތަކަށް ބަލާއިރު، ވަގުތީ އަމުރެނުނެރިއްޖެނަމަ، އަދި/ނުވަތަ ނެރިއްޖ ނަމަ ދެފަރާތަށްވެސް ގެއްލުން ލިބޭނެ ގޮތްތައް ބަޔާންކޮށްފައި ވާއިރު،ވަގުތީއަމުރު ނުނެރުމުގެ ސަބަބުނ އަޙްމަދް އިސްމާޢީލަށްލިބޭނެ ގެއްލުމަކީ އޭނާއަށް ދިނުމަށް ކަނޑައަޅާފައިވާ ފުލެޓް ނުލިބޭ ދިއުމާއި އެހެން ފަރާތަކަށް އެފުލެޓް ދީފައި އޮވެއްޖެނަމަ، އޭގެ ބަދަލުގައި އެހެން ފުލެޓެއް ލިބުނު ލަސްވާ ލަސްވުންކަން އެނގޭއިރު، އެފަދަ ޙާލަތެއްގައި އަޙްމަދު އިސްމާޢީލަށ ލިބް ގެއްލުން އެހެނ ފުލެޓެއް ގަތުމުގެ ފުރުޞަތު ދީގެން ނުވަތަ ފައިސާއިނެބަދަލުދްގެން ހަމަޖައްސައިދޭނ ކަމުގެ ޔަޤީންކަން އެޗްޑީސީގެ ފަރާތުނެދީފައީވއެވެ. އެޗްޑީސީއަކ އެގޮތަށް ބަދަލު ދިނުމުގެ ޤާބިލުކަން ހުރި ފަރާތެއްކަމަށް އަހުރެންނަށ ޤަބޫލުކުރެވެއެވެ.ވަގުތީ އަމުރު ނެރުމުގެ ސަބަބުން އެޗްޑީސީއަށް ލިބޭނެ ގެއްލުން ފޫބައްދައިދޭނެ ގޮތެއް/ޔަޤީނާ ކަމެއް އަޙްމަދު އިސްމާޢީލުގެ ފަރާތުންދީފައިނުވާތީ، އަޙްމަދު އިސްމާޢީލުގެ ފަރާތުން އެދިފައިވާ ގޮތުގެމަތިން ވަގުތީ އަމުރު ނެރޭޙާލަތެއްގައި، މި މައްސަލައިގެ މައުޟޫޢުގައި ނިމޭ ގޮތަކުން، ވަގުތީ އަމުރު ނެރުމުގެ ސަބަބުން އެޗްޑީސީއަށ ލިބް ގެއްލުންތައް ފޫބެއްދޭނެ ގޮތެއް ނެތްކަން އެނގެއެވެ.

187އަޙްމަދު އިސްމާޢީލަށ ފުލެޓް ގަތުމަށް ދީފައިވާ ފުރުޞަތު ބާޠިލުކުރުމަށް ނިންމާފައިވަނީ ފުލެޓް ދިނުމުގެ ޝަރުޠަކާ ޚިލާފުވެގެންކަމާއި އެޝަރުޠާ ޚިލާފުވެފައިވަނީ އޭނާ ވަޒީފާގައި ހުރިއިރު ކަމާއި، އަދ ފުލެޓް ގަތުމަށް ދިން ފުރުޞަތު ބާޠިލުކުރުމަށް ނިންމާފައިވަނީ އޭނާ ވަޒީފާއިން ވަކިކުރި ފަހުން ކަމާއި، ފުލެޓް ދިނުމުގެ ޝަރުޠުތަކާއި އެއްގޮތަށް ޢަމަލުކުރަންޖެހެނީ ވަޒީފާގައި ހުންނައިރުއެކަނ ނޫންކަމާއި، އެއާޚިލާފަށްވަޒީފާއިން ވަކިވެފައިވާ ޙާލަތެއްގައި އެޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރަން ނުޖެހޭ ސަބަބެއް ނެތޮ ކަން އެނގޭއިރު،މުވައްޒަފަކު ވަޒީފާއިން ވަކިކްށުފައިވާ ޙާލަތެއްގައިވެސް ވަޒީފާގެ ހައިސިއްޔަތުން ލިބިފައިވާ ފުލެޓް ގަތުމުގެ ފުރުޞަތު ލިބިދެވޭނީ/ ދެމެހެއްޓޭނީ،އ ފުލެޓް ގަތުމަށް ފުރުޞަތު ދިނުމުގެ ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކޮށްފައިވާ/ޢަމަލުކުރަމުންދާ ނަމައެވެ.

188އެހެންކަމުން،މްމައްސަލައިގައި ކަންހިނގާފައިވާ ގޮތަށާއި ވަގުތީ އަމުރު ނެރުން/ނުނެރުމުން ގެއްލުނި އނަ މ ކުޑަ ކުރެވޭނެ ގޮތްތަކުގެ މައްޗަށް ރިޢާޔަތްކޮށް، ވަގުތީ އަމުރު ނެރުމަށްވުރެ، ނުނެރުމުން ލިބޭނެ ގެއްލުން ކުޑަކމާއ އަދި ހިމާޔަތް ކުރެވޭ މަޞްލަޙަތު ބޮޑުކަމަށް ފެންނާތީ، އިސްތިއުނާފުކުރެވިފައި މިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 200-VTR/VA/2024/25 )03 ޖުލައި 2024( ވަގުތީ އަމުރު ބާޠިލު ކުރަންޖެހޭކަމަށް އަހުރެންނަށް ފެނެއެވެ.

ޤާނޫނީ ޚަރަދު

189މިމައްސަލައިގައި އަޙްމަދު އިސްމާޢީލް،އިސްތިއުނާފ ޚަރަދުގެ ގޮތުގައި 15,000/-ރ.)ފަނަރަހާސް ރުފިޔާ( ހޯދުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު އޮތްކަމަށް ކަނޑައަޅައި ދިނުމަށް އެދިފައިވާއިރު، ޝަރީޢަތުގެ ޚަރަދަކީ މަދަނީ ދަޢުވާއެއް ކާމިޔާބުކުރާ ފަރާތަކަށް، އެދަޢުވ ކާމިޔާބުނުވި ފަރާތުގެ ކިބައިން ކޯޓުން ނަގައިދޭ ޚަރަދެއްކަން ޤާނނ ނަންބަރު 2021/32 )މަދަނީ އިޖރާއަތުގެ ޤާނޫނު( ގ 30 ވަނަ މާއްދާއާއި އެޤާނޫނުގެ 270 ވަން މާއްދާގަ )ހ( އިން އެނގެން އޮތުމުން، މަތީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ވަގުތީ އަމުރު ބާޠިލުކޮށް މި މައްސަލަ ނިންމަން އަހުރެންނަށް ފެންނާތީ، އަޙްމަދު އިސްމާޢީލްގެ ފަރާތުން އެދިފައިވާ ގޮތުގެމަތިން ޝަރީޢަތުގެ ޚަރަދު ހޯދުމުގެ ޙައްޤު އޮތްކަމަށް ކަނޑައެޅޭނެ ތަނެއް ނެތެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

190މ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނާދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ.މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ކޯޓުނަ މައްސަލައިގް ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފްއ އޮނނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ. ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތރީޚުނާ ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ށ( މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ނ(

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ