ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2024] SC 22 · 2024/SC-A/08

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އަދި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީ (ދިވެހި ދައުލަތް) ވ. ޙުމައިދާ ޢަބްދުލްޣަފޫރު

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
2 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 15 މޭ 2024ދަށު ކޯޓު: ސިވިލް ކޯޓު (3246/Cv-C/2021)ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2023/HC-A/267، 3246/Cv-C/2021
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ގުޅިފަޅު ޕޯޓު މަޝްރޫޢު ހުއްޓުވުމަށް އެދި ޙުމައިދާ ޢަބްދުލްޣަފޫރު ސިވިލް ކޯޓުގައި ދަޢުވާކުރި 3246/Cv-C/2021 ޤަޟިއްޔާގެ ތެރެއިން، ބިން ހިއްކުމުގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލުމަށް ވަގުތީ އަމުރަކަށް އެދުނެވެ. ސިވިލް ކޯޓުން (144-B13/VN/2023/02) އެފަދަ އަމުރެއް ނެރެދޭނެ ތަނެއް ނެތްކަމަށް ނިންމިއެވެ. ހައިކޯޓުގެ 2023/HC-A/267 ޤަޟިއްޔާއިން އެ ނިންމުން ބަދަލުކޮށް، މައުޟޫޢީ މައްސަލަ ނިމެންދެން ބިން ހިއްކުމުގެ އެންމެހައި މަސައްކަތް ހުއްޓާލުމަށް ވަގުތީ އަމުރު ނެރުނެވެ. ދައުލަތުން އެ ވަގުތީ އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
ވާޤިޢާ
ކ. ގުޅިފަޅު ޕޯޓު މަޝްރޫޢުގެ ދަށުން ވިލިމާލެއާ ޖެހިގެން އޮންނަ ގުޅިފަޅު ހިއްކުމުގެ މަސައްކަތް ދައުލަތުން ބޭރުގެ ކުންފުންޏަކާ ޙަވާލުކޮށް، ޖޫން 2020 ގައި މަސައްކަތް ފެށިއެވެ. ތިމާވެށްޓަށާއި ހިމާޔަތްކުރެވިފައިވާ ތަންތަނަށް އިޢާދަނުކުރެވޭ ގެއްލުން ލިބޭނެ ކަމަށާއި މަޝްރޫޢަކީ މާލީ ގޮތުން ދެކޮޅުނުޖެހޭ، ޤާނޫނުއަސާސީއާ ޚިލާފު މަޝްރޫޢެއް ކަމަށް ބުނެ، ރައްޔިތެއް އެ މަޝްރޫޢު ހުއްޓުވުމަށް ދަޢުވާކުރިއެވެ. ދައުލަތުން ބުނީ، މަޝްރޫޢު ހުއްޓާލައިފިނަމަ އެއްބަސްވުމުގެ ދަށުން ކޮންމެ ގަޑިއިރަކަށް 15,300 ޔޫރޯ ކޮންޓްރެކްޓަރަށް ދައްކަންޖެހޭނެ ކަމަށެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލުމަށް ހައިކޯޓުން ނެރުނު ވަގުތީ އަމުރަކީ، މައްސަލައިގެ ދެފަރާތަށް ލިބިދާނެ ގެއްލުން ވަޒަންކުރުމުގައި ބެލެންސް އޮފް ކޮންވީނިއެންސް ޓެސްޓް ތަޠުބީޤުކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ނެރުނު އަމުރެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ދައުލަތުން ބުނީ، ހައިކޯޓުން މައުޟޫޢީ ދަޢުވާގެ ސިފަ ބަދަލުކޮށްފައިވާ ކަމަށާއި، ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގައިވާ އިޖުރާއަތުތަކުގެ ބަދަލުގައި ޕްރިކޯޝަނަރީ ޕްރިންސިޕަލް ތަޠުބީޤުކުރުން ގޯސް ކަމަށާއި، ބެލެންސް އޮފް ކޮންވީނިއެންސް ޓެސްޓްގައި މަޝްރޫޢުގެ ޙާލަތާއި ދައުލަތަށް ލިބޭނެ ގެއްލުމަށް ރިޢާޔަތް ނުކުރި ކަމަށާއި، އަމުރަކީ މައްސަލައިގެ މައުޟޫޢަށް އަސަރުކުރާ އަމުރެއް ކަމަށެވެ. ޙުމައިދާ ޢަބްދުލްޣަފޫރު ބުނީ، ހައިކޯޓުން ހެކިތަކަށް ރިޢާޔަތްކޮށް ނިންމާފައިވާ ކަމަށާއި، ތިމާވެށްޓަށް ވާ ގެއްލުން ކުޑަކުރުމުގެ ފިޔަވަޅު އަޅާފައި ނުވާ ކަމަށާއި، ޕްރިކޯޝަނަރީ ޕްރިންސިޕަލަކީ ޤާނޫނީ ގޮތުން ބުރަވެވޭ މަފްހޫމެއް ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ސުޕްރީމް ކޯޓުން ކަނޑައެޅީ، ވަގުތީ އަމުރު ނެރުމުގެ ތިން ޝަރުޠުގެ ތެރެއިން މި މައްސަލައިގައި ސުވާލު އުފެދިފައިވަނީ ފޫނުބެއްދޭނެ ގެއްލުމާ ގުޅޭ ޝަރުޠާ ކަމަށާއި، އެ ގެއްލުން ވަޒަންކުރަންވާނީ ބެލެންސް އޮފް ކޮންވީނިއެންސް ޓެސްޓުގެ ދަށުން ހުރިހާ ފަރާތަކަށް ލިބިދާނެ ގެއްލުމަށް ބަލައި ކަމަށެވެ. ހައިކޯޓުން ދައުލަތަށް ލިބިދާނެ ބޮޑު މާލީ ގެއްލުމަށް އެއްވެސް މިންވަރަކަށް ރިޢާޔަތް ނުކޮށް، ހަމައެކަނި އަމުރަށް އެދުނު ފަރާތުގެ ވާހަކައަށް ބަލައި އަމުރު ނެރެފައިވާއިރު، ތިމާވެށްޓަށް ލިބޭ ގެއްލުމަކީ ދާއިމީ ގެއްލުމެއްކަން އަމުރަށް އެދުނު ފަރާތުން ސާފުކޮށްދީފައި ނުވެއެވެ. އަމުރު ނެރޭނަމަ ގެއްލުމުގެ ބަދަލަށް ޔަޤީންކަށަވަރުކަމެއް ހޯދަންޖެހޭ ކަމަށްވެސް ކޯޓުން ކަނޑައަޅައި، ހައިކޯޓުގެ ވަގުތީ އަމުރު އިއްތިފާޤުން ބާޠިލުކުރިއެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ ވަގުތީ އަމުރު ބާޠިލު (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ވަގުތީ އަމުރަކީ މައްސަލައިގެ މައުޟޫޢީ ޙައްޤަށް ޤަޟާއީ ޙިމާޔަތް ނިހާއީ ސިފައެއްގައި ލިބުމުގެ ކުރިން، ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބިދާނެތީ، އެފަދަ ގެއްލުމެއް ވިޔަނުދިނުމަށް ނުވަތަ އެ ގެއްލުންތައް ވީހައި ވެސް ކުޑަކުރުމަށް އަޅާ ވަގުތީ ފިޔަވަޅެކެވެ. މިފަދަ އަމުރަކަށް އެދޭ ފަރާތުގެ ކިބައިގައި 3 (ތިނެއް) ޝަރުތެއް ފުރިހަމަ ވާންވާނެއެވެ. އެއީ: ވަގުތީ އަމުރަކަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި އޮތުން، ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ޞިފަތު ނުވަތަ ހައިސިއްޔަތު ޤާނޫނީ ގޮތުން ލިބިފައިވާ ފަރާތެއް ކަމުގައި ވުން، އަދި ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ އިޢާދަ ނުކުރެވޭފަދަ ނުރައްކަލަކާ ނުވަތަ ގެއްލުމަކާ ކުރިމަތިލާން ޖެހުމެވެ.

HN2 ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ނުރައްކަލެއް، އަދި ގެއްލުމެއް އެއްވެސް ފަރާތަކަށް ލިބުމުގެ އިޙްތިމާލު އޮތްތޯ ބަލައި، މި ނުރައްކަލާއި ގެއްލުން ވަޒަން ކުރުމުގައި ބޭނުން ކުރަންޖެހޭ ޓެސްޓަކީ ބެލެންސް އޮފް ކޮންވީނިއެންސް ޓެސްޓެވެ. ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތި ވެދާނެ ކަމަށް ލަފާކުރާ ނުރައްކަލާއި ގެއްލުން ވަޒަން ކުރާއިރު، ހަމައެކަނި އަމުރަށް އެދޭ ފަރާތަށް ކުރިމަތި ވެދާނެ ނުރައްކަލާއި ގެއްލުމަށް ބެލުމަކީ ހަމަޖެހޭ ކަމަކަށް ނުވާނެއެވެ. ބެލެންސް އޮފް ކޮންވީނިއެންސް ޓެސްޓްގައި މައްސަލައިގައި ހިމެނޭ އެންމެހައި ފަރާތަކަށް ލިބިދާނެ ގެއްލުން ވަޒަންކުރަން ޖެހޭނެއެވެ.

HN3 ވަގުތީ އަމުރު ނެރޭއިރު، އެކަމުގެ ސަބަބުން ކުރަންޖެހިދާނެ ޚަރަދަކަށް ނުވަތަ ލިބިދާނެ ގެއްލުމެއްގެ ބަދަލު ނަގައިދިނުމުގެ ޔަޤީންކަށަވަރުކަމެއް ހޯދަންވާނެއެވެ. މި މައްސަލާގައި ވަގުތީ އަމުރު ނެރޭނަމަ، ދައުލަތަށް ލިބުމުގެ އިޙްތިމާލު އޮތް ގެއްލުމަށް ބަދަލު ދިނުމަށްޓަކައި، ވަގުތީ އަމުރަށް އެދޭ ފަރާތުން އެ މިންވަރަށް ފައިސާ ކޯޓުގައި ބެހެއްޓުމެވެ. އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓު ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި އެގޮތަށް ނިންމާފައިވަނީ އާބިޓްރޭޝަން ޤާނޫނާ ޙަވާލާދީ އާބިޓްރަލް އެވޯޑެއްގެ ނިންމުން ތަންފީޒު ކުރުމާ ގުޅޭގޮތުން ނެރެފައިވާ ވަގުތީ އަމުރެއްގެ މައްސަލާގައި ކަމަށްވީނަމަވެސް، ޢަދާލަތުގެ ހަމަތަކުން ބަލާއިރު، މި މައްސަލާގައިވެސް އެ އުޞޫލު ބޭނުން ކުރެވޭނެއެވެ. މި މައްސަލާގައި ދެފަރާތުގެ ގެއްލުން ވަޒަން ކުރާއިރު ޔަޤީންކަށަވަރުކަމެއް ހޯދުމެއްނެތި ވަގުތީ އަމުރު ނެރުމަކީ ޢަދުލުވެރި ގޮތަކަށް ނުވާނެއެވެ.

HN4 ދެފަރާތަށް ލިބުމުގެ އިޙްތިމާލު އޮތް ގެއްލުން ވަޒަންކޮށް އެއްހަމަ ކުރުމެއްނެތި، ދައުލަތަށް ލިބުމުގެ އިޙްތިމާލު އޮތް ގެއްލުމަށް ރިޢާޔަތް ނުކޮށް، ހަމައެކަނި ވަގުތީ އަމުރަށް އެދުނު ފަރާތުގެ ވާހަކައިގެ މައްޗަށް ބަލައިގެން ވަގުތީ އަމުރު ނެރުމަކީ، އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓު ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފު ކަމެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަލީ ރަޝީދު ޙުސައިން، ޑރ. އަޒްމިރާލްދާ ޒާހިރު، ޙުސްނުއްސުޢޫދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޢަލީ ރަޝީދު ޙުސައިން · ތާއީދުކުރެއްވީ: ޑރ. އަޒްމިރާލްދާ ޒާހިރު، ޙުސްނުއްސުޢޫދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު

ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި).....1 ތަޢާރުފު.....1 މައްސަލައިގެ ފަސްފަހަތް.....1 ވަގުތީ އަމުރު ނެރުމާ ގުޅޭގޮތުން ސިވިލް ކޯޓުން ނިންމިގޮތް.....2 ހައިކޯޓުން ނިންމިގޮތް.....4 ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާތައް.....5 ސުޕްރީމް ކޯޓުން މިމައްސަލާގައި ގޮތެއް ނިންމަން ޖެހޭ ކަމަކީ ކޮބައިކަން.....8 ވަގުތީ އަމުރު ނެރުމުގައި ޢަމަލު ކުރަމުންދާ އުޞޫލުތައް.....9 އުޞޫލުތައް ތަޢުބީޤު ކުރުން.....10 މައްސަލަ ނިންމަން ފެންނަގޮތް.....13

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު.....13

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު.....13

ޙުކުމް.....17 بِسْمِ الرَّحْمَنِ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އަދި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީ (ދިވެހި ދައުލަތް) ވ. ޙުމައިދާ ޢަބްދުލްއަފޫރު [2024] SC 22

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު

ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި) ވައާރުފު

1މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/267 ގަޟިއްޔާގައި ވަގުތީ އަމުރާމެދު ނިންމި ނިންމުން ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އަދި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީ (މީގެ ފަހުން "ދައުލަތް" ކަމަށް ބުނެފައިވާ ފަރާތުން) އިސްތިއުނާފު ކުރުމުން ބެލުނު މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ، މާލެ، […] ޙުމައިދާ ޢަބްދުލްއަފޫރު (މީގެފަހުން "ޙުމައިދާ ޢަބްދުލްއަފޫރު" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ވަގުތީ އަމުރަށް އެދުނު ފަރާތް") އަށެވެ.

މައްސަލައިގެ ފަސްފަހަތް

2ކ. ގުޅިފަޅު ޕޯޓު މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ވިލިމާލެއާ އިންވެގެން އޮންނަ ގުޅިފަޅު ހިއްކުމުގެ މަސައްކަތް ބޮސްކާލިސް ވެސްޓްމިންސްޓަރ ކޮންޓްރެކްޓިންގ ލިމިޓެޑް ކިޔާ ކުންފުންޏަކާ ދައުލަތުން ޙަވާލުކޮށް، އެ ކުންފުނީގެ ފަރާތުން ބިން ހިއްކުމުގެ މަސައްކަތް ޖޫން 2020 ގައި ފެށުމުން، ވިލިމާލެ ހުޅަނގު ދެކުނު ފަރާތުގެ ފަޅަށާއި، ވަށައިގެންވާ ސަރަޙައްދަށާއި، ޙިމާޔަތްކުރެވިފައިވާ ކަނޑުއަޑީގެ ބައެއް ތަންތަނަށް އިއާދަ ނުކުރެވޭވަރުގެ ގެއްލުންތަކެއް ލިބޭނެކަމަށާއި، އަދި މި މަޝްރޫޢުގެ ސަބަބުން އިތުރު ބޮޑެތި ގެއްލުންތަކެއް ލިބޭނެކަމަށާއި، ގުޅިފަޅު ޕްރޮޖެކްޓަކީ ތިމާވެށީގެ ގެއްލުން އިންތިހާއަށް ބޮޑު، ރާއްޖޭގެ ޤުދުރަތީ ވެއްޓާއި، ދިރުންތަކުގެ މުއްސަނދިކަމުން ހޯދާ އިޤްތިޞާދީ / އިޖްތިމާޢީ ނަފާ ހީނަރުކުރުވާ، އިއާދަނުކުރެވޭ މިންވަރަށް ފަނާކުރުވާ، ލާމަރުކަޒީ ނިޒާމާ ދިމާ އިދިކޮޅު، އަދި ރާއްޖޭގެ އިތުރުން މުޅި ދުނިޔެ އިޤްތިޞާދީ ހީނަރުކަމާ ކުރިމަތިލާފައިވާ ވަގުތެއްގައި މާލީގޮތުން ދެކޮޅުނުޖެހޭ، ދަރަނި ބޮޑު، އަދި ޤާނޫނުއަސާސީއާ ޚިލާފު ޕްރޮޖެކްޓެއްކަމަށް ބުނެ، މި ޕްރޮޖެކްޓް ހުއްޓުވައިދިނުމަށް އެދި، ޙުމައިދާ ޢަބްދުލްޢަފޫރު ގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ.

3ސިވިލް ކޯޓުގައި މި މައްސަލަ ބަލަމުންދާ އެކޯޓުގެ ނަންބަރު 3246/Cv-C/2021 ގަޟިއްޔާގެ ދަށުން ވަގުތީ އަމުރެއް ނެރެދިނުމަށް އެދި، ޙުމައިދާ ޢަބްދުލްއަފޫރުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއެވެ. ވަގުތީ އަމުރު ނެރުމާ ގުޅޭގޮތުން ސިވިލް ކޯޓުން ނިންމިގޮތް

4ޙުމައިދާ ޢަބްދުލްއަފޫރުގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައިވަނީ، ގުޅިފަޅު ޕްރޮޖެކްޓް ހުއްޓުވުމަށް އެދި އެކޯޓަށް ހުށަހަޅާފައިވާ މައުޟޫޢީ މައްސަލަ ވަކިގޮތަކަށް ނިމި އެކޯޓުން ޙުކުމްކުރަންދެން، "ޕްރިކޯޝުނުރީ "ޕްރިންސިޕްލްގެ އުޞްލުށް ރިޢާއްޔާތުކޮށް، ގުޅިފަޅު ޕޯޓް ޑިވެލުޕްމުންޓް މުޝްރޫޢުގެ "ފޭސް 2" ގެ ބިން ހިއްކުމާގުޅޭ އެންމެހާ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލުމަށް ދައުލަތުގެ މައްޗަށް އަންގައި އަމުރުކޮށް، ވަގުތީ އަމުރެއް ނެރެދިނުމަށެވެ.

5ސިވިލް ކޯޓުގެ ނަންބަރު 144-B13/VN/2023/02 ނިންމުމުން އެކޯޓުން ނިންމާފައިވަނީ، ޙުމައިދާ ޢަބްދުލްއަފޫރު ގެ ފަރާތުން އެދިފައިވާ ފަދަ ވަގުތީ އަމުރެއް ނެރެދޭނެ ތަނެއް ނެތްކަމަށެވެ. ސިވިލް ކޯޓުން މިފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށެވެ.

5.1. ޙުމައިދާ ޢަބްދުލްއަފޫރު އަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު ފާޅުކަންބޮޑުގޮތެއްގައި ޤާއިމުވެގެންވާ ކަމުގައި ބެލެވޭނެ ހަމައެއް ނެތްއިރު، ތަދާރުކުނުކުރެވޭ ގެއްލުމެއްތޯ ނުވަތަ ނޫންތޯ ބެލުމުގެ ބޭނުމެއް ނެތްކަން؛

5.2. ދިވެހިރާއްޖެއަކީ އެންވަޔަރމެންޓް ޕްރޮޓެކްޝަން އޭޖެންސީއެއް ޤާއިމުކޮށްފައިވާ ޤައުމަކަށްވުމާއެކު، precautionary principle ގެ ބަދަލުގައި risk assessment and management އަށް ރިއާޔަތްކުރުމަށްފަހު ކަންކަން ނިންމުމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތަށް ބަލާއިރު ރަނގަޅު ގޮތްކަން؛

5.3. ގުޅީފަޅު މަޝްރޫޢުގެ މަޤްޞަދަކީ މާލެ ޕޯޓުގައި މިވަގުތު އިޤްތިޞާދު ކުރިއެރުމަށްހުރި ހުރަސްތަކާއި ދަތިތަކަށް ޙައްލެއް ހޯދައި، މުސްތަޤުބަލުގައި ރާއްޖޭގެ އިޤްތިޞާދަށް ބޭނުންވާވަރުގެ ޕޯޓެއް ޤާއިމްކުރުމުގެ މަޝްރޫޢުއަކަށްވެފައި، މި މަޝްރޫޢަކީ ބައިނަލްއަޤުވާމީ އެކިއެކި އިދާރާތަކުން ލޯނު ނަގައިގެން، ބޮޑު ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢަކަށް ވުމުންނާއި، ފޭސް 1 ނިމި، ފޭސް 2 ގެ މަސައްކަތް ވެސް ކުރިއަށްދާތާ މާގިނަ ދުވަސް ފަހުން މުޅި މަޝްރޫޢު މަޑުޖައްސާލައިފިނަމަ ސަރުކާރުން ބަދަލުގެ ގޮތުގައި ބޮޑެތި ޢަދަދުތަކުން ފައިސާ ދައްކަށްޖެހުހުގެ އިހުނިޚާލު އޮންހުށް، ހ ހައްސަލައިގައި ޙުހައިދާ ޢަބްދުލްއަފޫރު އެދޭ ފަދައިން ވަގުތީ އަމުރެއް ނެރެދޭ ޙާލަތުގައި އެވަގުތީ އަމުރުގެ ސަބަބުން ދައުލަތަށް ދީބޭނެ، އިޗް، އައިން، ކޮށެވޭ ގެޑްރުން ނ ބޮޑު ދަންން ބޮޑު ކަން.

6މި ނިންމުން ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް ބުނެ ޙުމައިދާ ޢަބްދުލްޢަފޫރު ގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވެއެވެ.

ހައިކޯޓުން ނިންމިގޮތް

7ހައިކޯޓުން މި މައްސަލަ ބަލާފައިވަނީ އެކޯޓުގެ ނަންބަރު 2023/HC-A/267 ގަޟިއްޔާއިންނެވެ. އެ ގަޟިއްޔާގައި ހައިކޯޓުން ވަނީ ޙުމައިދާ ޢަބްދުލްޢަފޫރު ގެ ފަރާތުން އެދުނު ފަދައިން ވަގުތީ އަމުރު ނެރެދީފައެވެ. އެގޮތުން، ސިވިލް ކޯޓުގެ ނަންބަރު 3246/Cv-C/2021 ގަޟިއްޔާ ވަކިގޮތަކަށް ނިމި، އެ ކޯޓުން ފައިސަލާކުރަނިވި ޙުކުމެއް ކުރަންދެން ގުޅިފަޅު ޕޯޓް ޑިވެލޮޕްމަންޓް މަޝްރޫޢުގެ ބިން ހިއްކުމާގުޅޭ އެންމެހާ މަސައްކަތްތައް ވަގުތީގޮތުން ހުއްޓާލުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށް ޙުކުމް ކޮށްފައިވެއެވެ.

8ހައިކޯޓުން ވަގުތީ އަމުރު ނެރުމަށް ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށެވެ.

8.1. މި މައްސަލައަކީ ތިމާވެއްޓަށް ގެއްލުން ލިބޭ މިންވަރު ބަޔާންކޮށްދޭ ރިޕޯޓު ހެދުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ އިޖުރާއަތެއް ނުވަތަ ތަރުތީބަށް ޢަމަލުނުކޮށްގެން ހުށަހެޅިފައިވާ މައްސަލައެއް ނޫންކަން އެނގެން އޮންނަކަން؛

8.2. މި މައްސަލައަކީ ޤާނޫނީގޮތުން ހިމާޔަތް ލިބެންޖެހޭ އަސާސީ ޙައްޤެއް ކަމަށްވާ ތިމާވެށި ހިމާޔަތްކުރުމުގެ ޙައްޤު އެންމެ ރަނގަޅަށް ކަށަވަރު ކުރެވޭނެގޮތަށް މި މައްސަލައިގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކުރިއަށް ނުގެންދާކަމަށް ބަޔާންކޮށް އެކަމުގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައެއްކަން އެނގެން އޮތްހިނދު، މައްސަލައިގެ މައުޟޫޢުގައި ދަޢުވާކުރާ ފަރާތާ އެއްކޮޅަށް ބޭނުންކުރެވިދާނެ ޤާނޫނީ ހަމަތަކާއި އުސޫލުތަކެއް ބަޔާންކޮށްދެވިފައިވާކަން؛

8.3. މިއީ ތިމާވެށި ހިމާޔަތްކޮށް، އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މައްޗަށް ލިބިގެންވާ އަސާސީ ޙައްޤަކާ ގުޅުވައިގެން ހުށަހަޅާފައިވާ މައްސަލައެއް ކަމުން، ދައުލަތަށް ލިބޭ ގެއްލުމަކާ، މި މައްސަލައިގައި ބަޔާންކޮށްފައިވާ ވެށިފަނާވެ ގޮސްފިނަމަ މިހާރު އަދި އަންނަން އޮތް ޖީލުތަކަށް އެކަމުން ގެއްލުން ލިބޭނެ މިންވަރު ދެނެގަންނަންޖެހޭ ކަމާއި، އެހެންކަމުން ތަދާރުކު ނުކުރެވޭނެ ގެއްލުން ކަނޑައެޅުމުގައި ހަމައެކަނި ދައުލަތަށް ލިބިދާނެ ގެއްލުން ބަޔާން ކުރުމުން ފަރުނުޖެހޭނެކަން؛

8.4. ޕްރިކޯޝަނަރީ ޕްރިންސިޕަލް ފަދަ އުސޫލަކުން ދުރަށް ދިއުމަށް ނިންމުމަކީ، ބަދަލުވަމުންދާ ދުނިޔޭގެ ތަހުޒީބު މުޖުތަމަޢުތަކުން ޢަމަލުކުރަމުންދާ، އަދި ބައިނަލްއަޤުވާމީ ފެންވަރުގައިވެސް ބަލައިގެންފައިވާ އުސޫލަކާ ދުރަށް ދިއުމަށް ނިންމުން ކަމަށްވާއިރު، ދިވެހިރާއްޖޭއިން ބައިވެރިވެފައިވާ މުއާޙަދާތަކުގައި މި އުސޫލަށް ވީވަރަކުން ޢަމަލުކުރުމަށް ދައުލަތުގެ މައްޗަށް ލާޒިމުކޮށްފައިވާކަން އެނގެން އޮންނައިރު، ޕްރިކޯޝަނަރީ ޕްރިންސިޕަލް އަށް ރިޢާޔަތްކޮށް މި ބާވަތުގެ ކަންކަން ނިންމުމަށް ބާރުއެޅުމަކީ މުހިންކަމެއްކަން؛

8.5. ތިމާވެއްޓަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކަނޑައެޅިފައިވާ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން، ތިމާވެއްޓަށް ގެއްލުން ލިބެމުންދާކަން އެނގޭނަމަ، ނުވަތަ ގެއްލުން ލިބޭނެކަން އަންދާޒާ ކުރެވޭނަމަ އެފަދަ ކަންކަމުން ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން ޕްރިކޯޝަނަރީ ޕްރިންސިޕަލްއަށް ރިޢާޔަތްކޮށް ފިޔަވަޅު އަޅަންޖެހޭކަން.

9މި ނިންމުން ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް ބުނެ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.

ސުޕްރީމް ކޯޓުގައި އިސްތިއެންފްކުރި ންކެތެތެއް

10ހައިކޯޓުގެ ނިންމުން ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް ފެންނަ ނުކުތާތަކުގެ ގޮތުގައި އިސްތިއުނާފީ ފަސް ނުކުތާ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވެއެވ.

11އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ، އިސްތިއުނާފު ރައްދުވާ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ މައުޟޫޢަކީ ގުޅިފަޅު ޕޯޓް ޕްރޮޖެކްޓަކީ ތިމާވެށީގެ ގޮތުންނާއި އިޤްތިޞާދީ ގޮތުންނާއި އިޖްތިމާއީ ގޮތުންނާއި މާލީގޮތުން ދެކޮޅުނުޖެހޭ ޕްރޮޖެކްޓެއްކަމުގައިވާތީ އެ ޕްރޮޖެކްޓް ހުއްޓުވުން ކަމުގައިވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގެ 19.1.6 ގައި ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ މައުޟޫޢަކީ ޕްރޮޖެކްޓަށް ހެދިފައިވާ އީއައިއޭ ރިޕޯޓް ތަންފީޒު ނުވުމުގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައެއްކަމުގައި ނިންމާފައިވަނީ، ޙުމައިދާ ޢަބްދުލްޢަފޫރު ގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާއާއި، އެ ދަޢުވާ ބިނާކޮށްފައިވާ ގޮތާއި، ދަޢުވާގައި އެދިފައިވާ ގޮތާ ޚިލާފަށް ކަމުގައިވާތީ، އެނިންމުމަކީ ފަނޑިޔާރުންގެ ޤާނޫނު² ގެ 5 ވަނަ މާއްދާގެ (ށ) ގެ ވަނަ ނަންބަރާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

12އިސްތިއުނާފީ ދެވަނަ ނުކުތާއަކީ، މި މައްސަލައިގައި ވަގުތީ އަމުރު ރައްދުވަނީ ހިނގަމުންދާ ޕްރޮޖެކްޓެއް ހުއްޓުވުމަށް ކަމުގައިވާއިރު، ޕްރޮޖެކްޓާ ގުޅިގެން ނެރޭ ވަގުތީ އަމުރަކީ އެ ޕްރޮޖެކްޓްގެ އޭރުގެ ޙާލަތަށް ރިޢާޔަތްކޮށްގެން ނެރެންޖެހޭ އަމުރަކަށްވީހިނދު، މަޝްރޫޢު މިހާރު އޮތް ޙާލަތަށް އެއްވެސް ވަރަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

13އިސްތިއުނާފީ ތިންވަނަ ނުކުތާއަކީ، މިފަދަ ޕްރޮޖެކްޓް ހިންގުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތުތައް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު ގައި ބަޔާންކޮށްފައިވާއިރު، މި މައްސަލައަށް risk assessment and management ތަޢުބީޤު ކުރުމުގެ ބަދަލުގައި precautionary principle ހައިކޯޓުން ތަޢުބީޤުކޮށްފައިވަނީ ގޯސްކޮށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

14އިސްތިއުނާފީ ހަތަރުވަނަ ނުކުތާއަކީ، ވަގުތީ އަމުރު ނެރުމުގައި ރިޢާޔަތްކުރަންޖެހޭ balance of convenience ޓެސްޓަށް ރިޢާޔަތްކުރުމުގައި، މިހާރުގެ ޕްރޮޖެކްޓްގެ ޙާލަތަށާއި ޕްރޮޖެކްޓުގެ ޕްރޮގްރެސްއަށާއި ދައުލަތުން ޕްރޮޖެކްޓަށް ކޮށްފައިވާ ޚަރަދަށާއި، އަދި ޕްރޮޖެކްޓް ހުއްޓާލައިފިނަމަ ދައުލަތަށް ލިބޭނެ ގެއްލުމަށް ރިޢާޔަތްކޮށްފައި ނެތުމަކީ ސުޕްރީމް ކޯޓުގެ އެސް.ޕީ.އެޗް. ޕްރައިވެޓް ލިމިޓެޑް ވ. ޖުމައިރާ މެނޭޖްމަންޓް ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ގަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

15އިސްތިއުނާފީ ފަސްވަނަ ނުކުތާއަކީ، ސިވިލް ކޯޓަށް އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ މައުޟޫޢީ ދަޢުވާގައި އެދިފައިވަނީ ގުޅިފަޅު ޕޯޓް ޕްރޮޖެކްޓް ހުއްޓުވުމަށް ކަމުގައިވާއިރު، ހައިކޯޓުގެ ނިންމުމުގައި ގުޅިފަޅު ޕޯޓް ޕްރޮޖެކްޓް ހުއްޓުވުމަށް އަމުރުކޮށްފައިވަނީ މައްސަލައިގެ މައުޟޫޢަށް އަސަރުކުރާފަދަ ގޮތަކަށް ކަމުގައިވާތީ އެ ނިންމުމަކީ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ގަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

16މިނުކުތާތަކުގެ ޖަވާބުގައި ޙުމައިދާ ޢަބްދުލްޢަފޫރުގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

16.1 މައްސަލަ ނިންމުމުގައި ހައިކޯޓަށް ހުށަހެޅިފައިވާ ހެކިތަކަށް ރިއާޔަތްކޮށް އެކޯޓުން ގޮތެއް ނިންމާފައިވާކަން ވަރަށް ސާފުކޮށް އެނގި ހާމަވާން އޮތްހިނދު، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ، އެނިންމުން ޚިލާފުވާ ގޮތެއް އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ދައުލަތަށް ބުނެދެވިފައި ނުވާކަން؛

16.2. ގުޅިފަޅު މަޝްރޫޢަކީ އެކިގޮތްގޮތުން ގެއްލުން ބޮޑު މަޝްރޫޢެއްކަން ދެނެތިބެ ހިންގަމުންދާ މަޝްރޫޢަކަށް ވާއިރު، ތިމާވެއްޓަށް ކުރާނެ ގެއްލުން ކުޑަކުރުމަށް އެޅޭ "މިޓިގޭޝަން" ފިޔަވަޅުތަކަކީ މުހިންމު ސަމާލުކަމެއް ދީގެން ކުރަންޖެހޭ ކަމެއްކަމާއި، އެކަން އެގޮތަށް ކުރެވިފައި ނެތްކަން ހާމަވާ އެތައް ހެއްކެއް މައުޟޫޢީ ދަޢުވާގައި ފާހަގަކޮށްފައިވާނެ ކަމާއި، ދައުލަތުގެ 2021 ގެ މޮނިޓަރިންގ ނަތީޖާތަކުގެ އަލީގައިވެސް އެއްވެސް ފިޔަވަޅެއް ތަންފީޒީ އިދާރާތަކުން މިކަމާބެހޭގޮތުން އަޅާފައި ނެތްކަން ދައުލަތުގެ އަމިއްލަ އިޢުތިރާފުންވެސް އެނގޭކަން؛

16.3. ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނުނު އެއީ ޤާނުނުއަސާސީއިން ތިމާވެށި ހިމާޔަތްކުރުމަށް ބަޔާންކޮށްފައިވާ 22 ވަނަ މާއްދާގެ ޤާނުނީ މަޤުޞަދަށް ބުރަވާ ޤާނުނަކަށްވާއިރު، އޭގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކަށް ޢަމަލުކުރެވޭނަމަ ނިކުންނަ ނަތީޖާއަކީ ތިމާވެއްޓަށް އިއާދަނުކުރެވޭނެ ގެއްލުން ލިބުންކަމުގައި ނުދެކޭ ކަމާއި، ޕްރިކޯޝަނަރީ ޕްރިންސިޕަލްއަކީ އޭގެ މައްޗަށް ޤާނުނީ ގޮތުން ބުރަވެވޭ މަފްހޫމެއް ކަމާއި، އެ މަފްހޫމް ތަޠުބީޤު ކޮށްފައިވަނީ ގޯސްކޮށް ކަމަށް ބުނާބުނުމަކީ އެއްވެސް ޤާނުނީ ބުރަދަނެއް ދެވެން އޮތް ވާހަކައެއް ނޫންކަން. ސުޕްރީމް ކޯޓުން މިމައްސަލާގައި ގޮތެއް ނިންމަން ޖެހޭ ކަމަކީ ކޮބައިކަން

17ސުޕްރީމް ކޯޓުން މިމައްސަލާގައި ގޮތެއް ނިންމަން ޖެހެނީ، މި މައްސަލާގައި ހައިކޯޓުން ނެރެފައިވާ ވަގުތީ އަމުރަކީ ދިވެހިރާއްޖޭގެ ކޯޓުތަކުން ވަގުތީ އަމުރު ނެރުމާ ގުޅޭގޮތުން ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް ނެރެފައިވާ އަމުރެއްތޯ ނުވަތަ ނޫންތޯއެވެ. އޭގެ އިތުރުން އިސްތިއުނާފީ ނުކުތާތަކުގައި ގެންކުރި ކަންތައްތަކަކީ މަޢުޝޫޢީ މަޢުޝޫޢީ ގޮތުން ބަނަޢިގެން ނޫނީ ގޮތެއް ނުނިންމޭނެ ކަންތައްތަކަކަށްވާތީ އެ ކަންކަމާމެދު މި މައްސަލާގައި ގޮތެއް ނިންމާނޭތަނެއް ނެތްކަން ފާހަގަކުރަމެވެ.

ވަގުތީ އަމުރު ނެރުމުގައި ޢަމަލު ކުރަމުންދާ އުޞޫލުތައް

18HN1ވަގުތީ އަމުރަކީ މައްސަލައިގެ މައުޟޫޢީ ޙައްޤަށް ޤަޝާޢީ ޙިމާޔަތް ނިހާއީ ސިފައެއްގައި ލިބުމުގެ ކުރިން، ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބިދާނެތީ، އެފަދަ ގެއްލުމެއް ވިޔަނުދިނުމަށް ނުވަތަ އެ ގެއްލުންތައް ވީހައި ވެސް ކުޑަކުރުމަށް އަޅާ ވަގުތީ ފިޔަވަޅެކެވެ. މިފަދަ އަމުރަކަށް އެދޭ ފަރާތުގެ ކިބައިގައި 3 (ތިނެއް) ޝަރުތެއް ފުރިހަމަ ވާންވާނެ ކަމަށް ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޝިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވެއެވެ. އެ ތިން ޝަރުތަކީ:

18.1. ވަގުތީ އަމުރަކަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި އޮތުން،

18.2. ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ޞިފަތު ނުވަތަ ހައިސިއްޔަތު ޤާނޫނީ ގޮތުން ލިބިފައިވާ ފަރާތެއް ކަމުގައި ވުން.

18.3. ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ އިޢާދަ ނުކުރެވޭފަދަ ނުރައްކަލަކާ ނުވަތަ ގެއްލުމަކާ ކުރިމަތިލާން ޖެހުން.

19މި މައްސަލާގައި ވަގުތީ އަމުރަކަށް އެދުމުގައި އިސްތިއުނާފު ރައްދުވާ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމާއި، އެފަދަ އަމުރަކަށް އެދުމުގެ ހައިސިއްޔަތު ޕާނޫނީ ގޮތުން އެފަޑާތަކް ލިބިފައިވާ. ކަމާމެގު ސުވާޑު އުފެދިފައި ނުވެއެވެ. މި ތިން ޝަހުޢުގެ ތެރެއިން ސުވާރު ޢުފެދިފައިވަނީ ވަގުތީ ޢަމުހު ނެހުމަކާ ނުރައި ޢަސްރު މަޢުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ފޫނުބެއްދޭނެ ގެއްލުންތަކާ ކުރިމަތިލާން ޖެހުމުގެ އިޙްތިމާލު އޮތުމާއި ނެތުމާ ގުޅޭ ގޮތުންނެވެ.

20HN2ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ނުރައްކަލެއް، އަދި ގެއްލުމެއް އެއްވެސް ފަރާތަކަށް ލިބުމުގެ އިޙްތިމާލު އޮތްތޯ ބަލައި، މި ނުރައްކަލާއި ގެއްލުން ވަޒަން ކުރުމުގައި ބޭނުން ކުރަންޖެހޭ ޓެސްޓަކީ ބެލެންސް އޮފް ކޮންވީނިއެންސް ޓެސްޓް ކަމަށް އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓު ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ. ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތި ވެދާނެ ކަމަށް ލަފާކުރާ ނުރައްކަލާއި ގެއްލުން ވަޒަން ކުރާއިރު، ހަމައެކަނި އަމުރަށް އެދޭ ފަރާތަށް ކުރިމަތި ވެދާނެ ނުރައްކަލާއި ގެއްލުމަށް ބެލުމަކީ ހަމަޖެހޭ ކަމަކަށް ނުވާނެ ކަމަށާއި، ބެލެންސް އޮފް ކޮންވީނިއެންސް ޓެސްޓްގައި މައްސަލައިގައި ހިމެނޭ އެންމެހައި ފަރާތަކަށް ލިބިދާނެ ގެއްލުން ވަޒަންކުރަން ޖެހޭކަމަށް އެ ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެއެވެ.

އުޞޫލުތައް ތަޢުބީޤު ކުރުން

21މި މައްސަލާގައި އެދިފައިވާ ގޮތަށް ވަގުތީ އަމުރު ނެރެފިނަމަ ދައުލަތަށް ލިބޭނެ ގެއްލުން ދައުލަތުން ހައިކޯޓުގައި ވެސް އަދި ސުޕްރީމް ކޯޓުގައި ވެސް ބަޔާންކޮށްފައިވެއެވެ. އެއީ ދެފަރާތުގެ ދެމެދުގައިވާ އެކްޙައްސްތުކުގައި ބަޔާންވެގެންވާ ގޮތުން، ތ-އްކޫޕުގެ ތ-ކަކް-ކަތް -ކުކް-ޓުވައި-ފ ނަތަ، ކ-ކ-ޑަފް ޗާޖަސްގެ ގޮތުގައި ކޮންމެ ގަޑިއިރަށް 15,300 (ފަނަރަ ހާސް ތިންސަތޭކަ) ޔޫރޯ ކޮންޓްރެކްޓަރަށް ދައުލަތުން ދައްކަންޖެހެވެ. އެއީ ދުވާލަކަށް -367,200 (ތިންލައްކަ ފަސްދޮޅަސް ހަތްހާސް ދުއިސައްތަ) ޔޫރޯ އެވެ. މަހަކަށް -11,016,000 (އެގާރަ މިލިއަން ސޯޅަ ހާސް) ޔޫރޯއެވެ.

22މިފަދަ މަޝްރޫޢުތަކުން ތިމާވެއްޓަށް ގެއްލުން ލިބޭނަމަ އެ މަޝްރޫޢެއް ހުއްޓުވުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށާއި، މި ގޮތަށް ހުއްޓުވުމުން ބަދަލުދޭން ނުޖެހޭކަމަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންވެގެންވާ ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ. ނަމަވެސް މި މައްސަލާގައި މިނިސްޓްރީއިން ބޭނުންވަނީ މަޝްރޫޢު ކުރިއަށް ގެންދަން ކަމަށްވުމާއެކު، މަޝްރޫޢު ކޯޓުން ހުއްޓުވައިފިނަމަ ދެފަރާތް ދެމެދުގައިވާ އެއްބަސްވުމުގެ ދަށުން ދިނުމަށް ދެފަރާތުން އެއްބަސްވެފައިވާ އިސްވެ ބަޔާންވެދިޔަ ފައިސާ ދައުލަތުން ދޭން ނުޖެހޭނެ ކަމަށް ބެލެވޭނެތަނެއް ނެތްކަން ފާހަގަކުރެވެއެވެ.

23މި ގޮތުން މަޝްރޫޢު ހުއްޓުވައިފިނަމަ ދައުލަތުން އުފުލަންޖެހޭ ވަރަށް ބޮޑު މާލީ ބުރައެއް އޮތްކަން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. ހައިކޯޓުން ވަގުތީ އަމުރު ނެރުމުގައި ދައުލަތަށް ލިބިދާނެ ކަމުގެ އިޙްތިމާލު އޮތް ގެއްލުމަށް އެއްވެސް މިންވަރަކަށް ރިޢާޔަތްކޮށްފައި ނުވެއެވެ. ހައިކޯޓުން ވަގުތީ އަމުރު ނެރުމުގައި ރިޢާޔަތްކޮށްފައިވަނީ ހަމައެކަނި އަމުރަށް އެދުނު ފަރާތުން އެދިފައިވާ ކަންތައްތަކަށެވެ.

24ބިން ހިއްކުމުގެ ސަބަބުން ތިމާވެއްޓަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ވާނެ ކަމަށް ވަގުތީ އަމުރަށް އެދުނު ފަރާތުން ބުނެފައިވެއެވެ. ދިވެހިރާއްޖޭގައި މިހާތަނަށް ފަންސާހަކަށް ބިން ހިއްކާފައިވާއިރު، އެ ބިންތައް ހިއްކުމުގެ ސަބަބުން ލިބުނު ގެއްލުންތައް ރަނގަޅުވެގެން އިހުހުރިހާލަތް އިއާދަވެގެން ގޮސްފައިވޭތޯ، ނުވަތަ އެގެއްލުންތައް ދެމިގެން ގޮސް އިހުހުރި ހާލަތަށް އިއާދަ ނުވާނެ ދާއިމީ ގެއްލުންތަކަކަށް ވެފައިވޭތޯ ޝަރީޢަތުން ސުވާލު ކުރުމުން، ވަގުތީ އަމުރަށް އެދުނު ފަރާތުން ބުނެފައިވަނީ މިހާތަނަށް އެކަންކަންބަލައި ދިރާސާކުރެވިފައި ނުވާކަމަށާއި، އެކަންކަމާ ގުޅޭ ރިޕޯޓުތަކެއް ހެދިފައި ނުވާކަމަށެވެ. ބެލެންސް އޮފް ކޮންވީނިއެންސް ޓެސްޓްގައި މައްސަލައިގެ ދެފަރާތަކަށް ލިބިދާނެ ގެއްޅުން ވަޒަން ކުޒަން ޖެހޭއިރު، ވަޑުތީ އަމުރުގެ ބޭނުމަށްޓަކައި މި މައްސަލާޑައި ބިން ހިއްކުމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކަކީ އެގެއްލުންތައް ދެމިގެން ގޮސް އިހުހުރި ހާލަތަށް އިއާދަ ނުވާނެ ދާއިމީ ގެއްލުންތަކެއްކަން ނުވަތަ ނޫންކަން ވަގުތީ އަމުރަށް އެދުނު ފަރާތުގެ ބަހުން ސާފުނުވާކަން ފާހަގަކުރެވެއެވެ.

25ދައުލަތަށް ލިބިދާނެ ގެއްލުމަށް ރިޢާޔަތް ކުރުމެއްނެތި ވަގުތީ އަމުރު ނެރެފައިވަނިކޮށް، މައުޟޫއީ މައްސަލަ ދައުލަތާއި އެއްކޮޅަށް ނިމޭ ޙާލަތުގައި ދައުލަތުން ވަރަށް ބޮޑު ގެއްލުމަކާ ކުރިތިލާންޖެހޭނެއެވެ. މި މަޝްރޫއަކީ ބައިނަލްއަޤްވާމީ އެކިއެކި މާލީ އިދާރާތަކުން ލޯނު ނަގައިގެން ބޮޑު ޚަރަދެއް ކޮށްގެން ކުރިއަށްގެންދާ މަޝްރޫޢަކަށްވާއިރު، މަޝްރޫޢު ހުއްޓުވުމުގެ ސަބަބުން ދައުލަތުން ކޮންޓްރެކްޓަރަށް އިތުރަށް ދައްކަންޖެހޭ ފައިސާގެ ބޮޑު ޢަދަދުގެ ސަބަބުން މަޝްރޫޢަށް ހިނގާ ޚަރަދު އިންތިހާއަށް ބޮޑުވުމަކީ ފޫނުބެއްދޭނެ ގެއްލުމަކާ ދައުލަތުން ކުރިމަތީލާންޖެހޭނެ ޙާލަތެއް ކަމަށް ދައުލަތުން ބުނެފައިވެއެވެ.

26HN3މި ކަމަށް އޮތް ޙައްލަކީ އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓު ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގެ 48 ވަނަ ޕެރެގެރާފްގައި ބުނާފަދައިން ވަގުތީ އަމުރު ނެރޭއިރު، އެކަމުގެ ސަބަބުން ކުރަންޖެހިދާނެ ޚަރަދަކަށް ނުވަތަ ލިބިދާނެ ގެއްލުމެއްގެ ބަދަލު ނަގައިދިނުމުގެ ޔަޤީންކަށަވަރުކަމެއް ހޯދުމެވެ. މި މައްސަލާގައި ވަގުތީ އަމުރު ނެރޭނަމަ، ދައުލަތަށް ލިބުމުގެ އިޙްތިމާލު އޮތް ގެއްލުމަށް ބަދަލު ދިނުމަށްޓަކައި، ވަގުތީ އަމުރަށް އެދޭ ފަރާތުން އެ މިންވަރަށް ފައިސާ ކޯޓުގައި ބެހެއްޓުމެވެ. ބުނެވިޔަ ޤަޟިއްޔާގައި އެގޮތަށް ނިންމާފައިވަނީ އާބިޓްރޭޝަން ޤާނޫނާ ޙަވާލާދީ އާބިޓްރަލް އެވޯޑެއްގެ ނިންމުން ތަންފީޒު ކުރުމާ ގުޅޭގޮތުން ނެރެފައިވާ ވަގުތީ އަމުރެއްގެ މައްސަލާގައި ކަމަށްވީނަމަވެސް، ޢަދާލަތުގެ ހަމަތަކުން ބަލާއިރު، މި މައްސަލާގައިވެސް އެ އުޞޫލު ބޭނުން ކުރެވޭނެއެވެ. މި މައްސަލާގައި ދެފަރާތުގެ ގެއްލުން ވަޒަން ކުރާއިރު ޔަޤީންކަށަވަރުކަމެއް ހޯދުމެއްނެތި ވަގުތީ އަމުރު ނެރުމަކީ ޢަދުލުވެރި ގޮތަކަށް ނުވާނެއެވެ.

27HN4މި ގޮތުން، ހައިކޯޓުން ވަގުތީ އަމުރު ނެރެފައިވަނީ ދެފަރާތަށް ލިބުމުގެ އިޙްތިމާލު އޮތް ގެއްލުން ވަޒަންކޮށް އެއްހަމަ ކުރުމެއްނެތި، ދައުލަތަށް ލިބުމުގެ އިޙްތިމާލު އޮތް ގެއްލުމަށް ރިޢާޔަތް ނުކޮށް، ހަމައެކަނި ވަގުތީ އަމުރަށް އެދުނު ފަރާތުގެ ވާހަކައިގެ މައްޗަށް ބަލައިގެން އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓު ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށެވެ.

މައްސަލަ ނިންމަން ފެންނަގޮތް

28އިސްވެބަޔާންވެދިޔަ ކަންތައްތަކަށް ރިޢާޔަތްކޮށް ބަލާއިރު، މި މައްސަލާގައި ހައިކޯޓުން ނެރެފައިވާ ވަގުތީ އަމުރު ނެރުމުގައި މައްސަލައިގެ ދެފަރާތަށް ލިބުމުގެ އިޙްތިމާލު އޮތް ގެއްލުން ވަޒަންކުރުމުގައި ޢަމަލު ކޮށްފައިވަނީ އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓު ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ކަމަށްވާތީ، ހައިކޯޓުގެ ބުނެވިދިޔަ ވަގުތީ އަމުރު ބާޠިލު ކުރުމަށް ފެނެއެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

29މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު

30މިއީ ވަގުތީ އަމުރަކާ ގުޅޭ މައްސަލައެއް ކަމަށްވީ ނަމަވެސް، މި މައްސަލައިގެ ތެރޭގައި ދުސްތޫރީ، އިޖްތިމާއީ، އިގްތިސާދީ އަދި ދައުލަތުގެ ޒިއްމާއާ ގުޅޭ ސުވާލުތަކަކާއި ދައުލަތުގެ ގައުމީ ތަރައްގީއާ ތިމާވެއްޓާބެހޭ ސިޔާސަތުތަކާ ގުޅިފައިވާ ސުވާލުތަކެއް ޝާމިލުވެއެވެ. މީގެ ތެރެއިން ގިނަކަންކަމަކީ ސައިންސާއި ދިރާސާގެ އެހީގައި ނޫނީ ކޯޓަށް ނިންމޭނެ ނިންމުމެއް ނޫނެވެ. އަދި މިފަދަ ނިންމުމެއްގެ ސަބަބުން ގައުމީ ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ދައުލަތުން ކުރާ މަސައްކަތްތަކަށް ކުރާނެ އަސަރަށްވެސް ވިސްނައިގެން ނޫނީ މިފަދަ މައްސަލައެއްގައި ގޮތެއް ނިންމުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން، މިފަދަ ނާޒުކު ނިންމުމެއް ނިންމަން ކޯޓުތަކަށް ބޭނުންވާ ލަފާ ދެވޭނޭ ސައިންސްވެރިންނާއި ދިރާސާތައް ރާއްޖެއިން ލިބެން ހުރި ކަމާމެދު ސުވާލު އުފެދެއެވެ. 2021 ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހެޅުނު މި ވަގުތީ އަމުރާބެހޭ އަސްލު މައްސަލަ އަދިއަދަށް ދާންދެންވެސް އެކޯޓުގައި ނުނިމި ދިގުލައިގެން އައިސްފައިވުމުގެ ސިއްރަކީ މި ސަބަބު ކަމަށް ގަބޫލުކުރެވެއެވެ.

31ރާއްޖޭގައި ބިން ހިއްކުމަށްޓަކައި މިހާތަނަށް ގިނަގުނަ މަޝްރޫއުތަކެއް ހިންގާފައިވާ އިރު، އެ މަޝްރޫޢުތައް ނިމުމުން، އެ މަޝްރޫއުތަކުގެ ސަބަބުން މުރަކައާއި އެހެނިހެން ދިރޭތަކެތި ހަލާކުވެފައިވާ ނޫނީ ނެތިގެންގޮސްފައިވާ މިންވަރު ދެނެގަނެ، އަދި ބިން ހިއްކުމުގެ މަޝްރޫއުތަކުގެ މަސައްކަތް ނިމުމަށްފަހު، ދިރުންތައް އަލުން އާލާވެ އިއާދަވެފައިވޭތޯ އާއި ދިރުން އެނބުރި އަންނަ ނަމަ ދިރުން އެނބުރި އަންނަން ހޭދަވާ މުއްދަތާއި، ދިރުން ގެނައުން ހަލުއި ކުރުމަށް ކުރެވިދާނެ ކަންކަން ހުރިތޯ ބަލަން މިހާތަނަށް ދިރާސާއެއް ކޮށްފައި ނެތުމަކީ، މިފަދަ ކޯޓު އަމުރެއް ކޯޓުން ނެރުމަށް ހުރަސް އެޅޭ އަނެއް ސަބަބެވެ. މިފަދަ ސައިންޓިފިކް ދިރާސާތަކުގެ ނަތީޖާއާއި، މުޅި ރައްޔިތަށް މިފަދަ މަޝްރޫއުތަކުން ލިބޭނޭ އިގްތިސާދީ އަދި އިޖްތިމާއީ ފައިދާއާއި އޭގެ ބޭނުންތެރިކަމާބެހޭ ދިރާސާތައް ކޯޓަށް ހުށަހެޅުމަކާ ނުލައި ހަގީގީ އަދި ދާއިމީ ގެއްލުމަކީ ކޮބައި ކަމާއި، ބޮޑަށް ގެއްލުން ލިބޭނެ ފަރާތެއް ވަޒަން ކުރުމަކީ ކޯޓުން ކުރެވިދާނެ ކަމެއް ކަމަށް ނުދެކެމެވެ. ވަގުތީ އަމުރެއް ނެރުމުގައި ކޯޓުންކުރާ ކަމަކީ އެފަދަ އަމުރެއް ނެރުމުން ނުވަތަ ނުނެރުމުން ބޮޑަށް ގެއްލުންވާނެ ފަރާތެއް ބަލައި، އެފަދަ ގެއްލުންތަކުން ޚަސްމުން ހިމާޔަތްކުރެވޭނެ ގޮތެއް ކޯޓުން ހޯދައި ދިނުމެވެ. ދެފަރާތަށް ލިބޭނެ ގެއްލުން ވީހައިވެސް ކުޑަކުރުމެވެ.

32މި ވަގުތީ އަމުރާ ގުޅޭ އަސްލު މައްސަލަ 2021 ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހަޅައިގެން އެކޯޓުން މައްސަލަ އަދިވެސް ނިމިފައި ނުވާއިރު، ގުޅީފަޅުގެ ބިން ހިއްކުން އޮތީ މުޅިން ނިމިފައެވެ. އަދި އިތުރަށް އެ ފަޅު ސަރުކާރުން ހިއްކަން ބޭނުންވާކަން ދެފަރާތުން ކުރެ ފަރާތަކުން ކޯޓުގައި ބުނެފައި ނެތެވެ. ބިންހިއްކުން މުޅިން ނިމިފައިވާތީވެ، ސިވިލް ކޯޓުގައި އޮތް މައްސަލައާ ގުޅިގެން ވަގުތީ އަމުރެއް ނެރުމުގެ މުއާލާތް ވަނީ ކެނޑިފައެވެ. އެހެންކަމުން މި މައްސަލައިގައި ވަގުތީ އަމުރެއް ނެރޭނެ ތަނެއް ނެތެވެ.

33ދެން އޮތީ މި ފަދަ މައްސަލަތައް ކުރިއަށް އޮތް ތަނުގައި ތަކުރާރު ނުވާނެ ގޮތަކަށް ދައުލަތުގެ ސިޔާސަތު އެކަށައަޅައި އެ ސިޔާސަތުތައް ތަންފީޒުކުރުމަށް ސަރުކާރަށް އިރުޝާދު ދިނުމެވެ. އެގޮތުން މުޅި ދައުލަތުގެ ހުރިހާ ފަރާތެއް ޝާމިލުވެގެން ގައުމީ ސްޓްރެޓެޖިކް އެންވައިރަންމެންޓަލް އެސެސްމެންޓެއް ވީހާ އަވަހަކަށް އެކުވާލަންޖެހޭ ކަމަށް ދެކެމެވެ. މިފަދަ ގައުމީ ސްޓްރެޓެޖިކް އެންވައިރަންމެންޓަލް އެސެސްމެންޓް ހެދުމުގެ ބޭނުމަކީ މުޅި ދައުލަތުގެ ސަރަހައްދުގައިވާ އެންމެހައި ބިންތަކާއި ފަޅުތަކާއި، ދިރުންތައް ދިރާސާކޮށް، އަންނާން އޮތް ޖީލުތަކަށް ދެމިއޮންނާނެ ގޮތަކަށް ހިމާޔަތްކުރަންޖެހޭ ތަންތަން ފާހަގަކޮށް ކަނޑައަޅައި، ގައުމުގެ ތަރައްގީއަށްޓަކައި ބިން ހިއްކާނެ ތަންތަނާއި، ތިމާވެއްޓަށް އަސަރުކުރާނޭ ގޮތަށް ދައުލަތުން ހިންގާނޭ މައި މަޝްރޫއުތައް ހިންގާނޭ ތަންތަން ކަނޑައަޅައި، އައްޔަންކޮށް، އެ އެސެސްމަންޓު ގަރާރުކޮށް އެއަށް ތަޝްރީއީ ހިމޭންކަމެއް ދިނުމެވެ. މި ނޫންގޮތަކަށް މި މައްސަލަ ހައްލުކުރެވިދާނެ ކަމަށް ނުދެކެމެވެ. އަދި މިފަދަ ގައުމީ ސްޓްރެޓެޖިކް އެންވައިރަންމެންޓަލް އެސެސްމަންޓެއް ހަދައި ތަންފީޒުކުރުމަކީ ގާނޫނުއަސާސީގެ 22 ވަނަ މާއްދާއަށް ދިރުން ދިނުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށްވެސް ދެކެމެވެ.

34މިފަދަ ގައުމީ ސިޔާސަތެއް ތަންފީޒުކުރުމަށްޓަކައި ހަދަންޖެހޭ ދިރާސާތައް ހަދައި، ހާއްސަކޮށް ތަރައްގީގެ މަޝްރޫއުތައް ހިންގަމުން ގެންދާއިރު ތިމާވެއްޓަށް ކުރާ އަސަރު ދެނެގަނެ، ގެއްލުން ވަމުންދާނަމަ އެކަން ކުޑަކުރުމަށް ފިޔަވަޅު އަޅާކަން ޔަގީން ކުރުމާއި، މަޝްރޫއުތައް ނިމުމުން ދިރުންތަކަށް އަންނަ ބަދަލުތަކަކީ ކޮބައިކަން ދިގުމުއްދަތަކަށް ބަލައި މޮނިޓަރކުރުމާއި، އެގޮތުން ކުރެވޭ ދިރާސާތައް އާއްމުކޮށް ޝާއިއު ކުރުން ފަދަ ކަންކަން ކުރަމުން ގެންދިއުމަކީ ގާނޫނުއަސާސީގެ 22 ވަނަ މާއްދާ ލާޒިމުކުރާ ކަމެއް ކަމަށް ދެކެމެވެ. އަދި މިކަން ކުރުމަށްޓަކައި އެންވައިރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ މާލީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން ވާޖިބުއަދާކުރެވޭ މިންވަރަށް ފުދުންތެރިކުރުމަކީ، އަދި އެތަނަށް ބޭނުންވާ ގާނޫނީ މިނިވަންކަމާއި ބާރު ދިނުމަކީ ދައުލަތުން ކުރަންޖެހޭ ކަމެއް ކަމަށް ދެކެމެވެ. މިގޮތުން، ދައުލަތުން ނަގާ ގްރީން ޓެކްސް މި އެޖެންސީ ރިސޯސްފުލް ކުރުމަށް ބޭނުންކުރަންޖެހޭ ކަމަށްވެސް ދެކެމެވެ.

35މި މައްސަލައިގެ ސުޕްރީމް ކޯޓުގެ ޝަރިއަތުގައި ދެކެވުނު ވާހަކަތަކުން އެނގުނީ މި މައްސަލައިގައި ހިމެނޭ ބިންހިއްކުމުގެ ކޮންޓްރެކްޓުގައި ސޮއިކުރުމުގެ ކުރިން ބަންޑާރަ ނާއިބުގެ އޮފީހަށް އެ ކޮންޓްރެކްޓު ފޮނުވާފައި ނުވާކަމާއި، އެހެންކަމުން ކޮންޓްރެކްޓުގައި ދައުލަތަށް ގާނޫނީ ގޮތުން ބޭއިންސާފުން ނުހައްގު މާލީ ބުރައެއް އުފުލަންޖެހޭ ފަދަ ގޮތަކަށް އޮތް މާއްދާއެއް އޮތްކަން ބެލިފައިނުވާ ކަމެވެ. މުހިންމު ކަމަކީ މި ބާވަތުގެ ބިންހިއްކުންފަދަ ތިމާވެއްޓަށް އަސަރުކުރާ އެއްބަސްވުންތައް ދައުލަތުގެ މުއައްސަސާތަކުން ހަދާއިރު، ޕްރޮޖެކްޓުގެ މަސައްކަތް ތަންފީޒުކުރުމުގެ ތެރޭގައި ތިމާވެއްޓަށް ގެއްލުންވަމުންދާކަން ކަމާބެހޭ ފަރާތަށް ފެނިގެން އެ ޕްރޮޖެކްޓު ހުއްޓުވައިފިނަމަ، އެފަދަ ހާލަތްތަކުގައި މަސައްކަތް ހުއްޓާލުމުގެ ސަބަބުން މަސައްކަތް ލަސްވާ ލަސްވުމަށް ކޮންޓްރެކްޓަރަށް ބަދަލު ދޭންނުޖެހޭނެ ކަމަށް ބަޔާންކުރާ މާއްދާއަކާއި، ތިމާވެއްޓަށް ގެއްލުން ލިބޭފަދަ ހާލަތްތަކުގައި މަސައްކަތް ހަވާލުކުރާ ފަރާތާއި ތިމާވެއްޓާބެހޭ އިދާރާތަކަށް އެއްބާރުލުން ދިނުން ކޮންޓްރެކްޓަރުގެ މައްޗަށް ލޯޖިޚުކުރާ ޚާއްދާއެއް ކޮންޓްރެކްޓުނަކުގައި ހިހެހިފައި އޮނުށް ދައުލަނަށް ލާޒިޚުޅުހެޅެ.

36މަތީގައި ބަޔާންކުރި ސަބަބުތައް އެހެން ހުރުމުން މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެބަޔާންވެދިޔަ ކަންކަން އެމަގުން ހުރުމާއެކު، މި މައްސަލާގައި ހައިކޯޓުން ނެރެފައިވާ ވަގުތީ އަމުރު ނެރެފައިވަނީ ވަގުތީ އަމުރު ނެރުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލުތަކާއި ޚިލާފަށް ކަމަށްވާތީ، ހައިކޯޓުގެ ނަމްބަރު 2023/HC-A/267 ޤަޝިއްޔާއިން ނެރެފައިވާ ވަގުތީ އަމުރު ސުޕްރީމް ކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ. މި ޤަޝިއްޔާ ބަލައި ޙުކުމް ކުރީ: (ރިޔާސަތު)

ފުޓްނޯޓު

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ
  2. ޤާނޫނު ނަންބަރު 13/2010
  3. ޤާނޫނު ނަންބަރު 4/93
  4. 2021] SC 28
  5. ސުޕްރީމް ކޯޓުގެ ތަށްބަރު 2012/SC-A/21 ގަޟިއްޔާ
  6. އިބަމ
  7. އަބަ 4
  8. އިބް 4
  9. ޤާނޫނު ނަމްބަރު 10/2013
  10. އަބަ 4
  11. އަބަ
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ