ފިއުލް ސަޕްލައިސް މޯލްޑިވްސް ޕވޓ ލޓޑ ވ. އިބްރާހީމް އިރުފާން ރަޝީދު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ވަޒީފާއާބެހޭ ޓްރައިބިއުނަލް 200/VTR/VA/2024/35
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނަންބަރު 200/VTR/VA/2024/35 ނިންމުމުގައި، މައުޟޫޢީ މައްސަލަ ނިމެންދެން އެ މަޤާމަށް ދާއިމީ މުވައްޒަފަކު ނުނެގުމަށާއި، އެކަމުގެ މަސައްކަތް ހުއްޓާލުމަށް އަމުރުކުރިއެވެ.
- ވާޤިޢާ
- ސޭލްސް އެންޑް މާކެޓިންގ މެނޭޖަރގެ މަޤާމުން އިޞްލާޙީ ފިޔަވަޅެއްގެ ގޮތުން އެސިސްޓެންޓް މެނޭޖަރަކަށް ދަށްކުރެވުނު މުވައްޒަފަކު ޓްރައިބިއުނަލަށް ދަޢުވާ ހުށަހަޅައި، އެ މަޤާމަށް އެހެން ފަރާތެއް ނުނެގުމަށް ވަގުތީ އަމުރަށް އެދުނެވެ. ފުރަތަމަ އެދުމުގައި ވަގުތީ އަމުރު ނުނެރުނު ފަހުން ކުންފުނިން އެ މަޤާމަށް ދާއިމީ މުވައްޒަފަކު ހޯދަން އިޢުލާނުކުރުމުން އޭނާ ދެވަނަ ފަހަރަށް ވަގުތީ އަމުރަށް އެދުނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- އެކަށީގެންވާ ސަބަބެއް ނެތި މަޤާމު ދަށްކުރިކަމަށް ބުނާ މުވައްޒަފު ކުރިން ހުރި މަޤާމަށް ދާއިމީ މުވައްޒަފަކު ނުނެގުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނެރުނު ވަގުތީ އަމުރުގައި ވަގުތީ އަމުރުގެ ޝަރުޠުތަކާއި ދެފަރާތުގެ ގެއްލުން ވަޒަންކުރުމުގެ އުޞޫލަށް ރިޢާޔަތްކުރެވިފައިވޭތޯއާއި، ކުރިން ނެރެދިނުމަށް ނުނިންމި ވަގުތީ އަމުރަކާ ގުޅޭ ކަމެއްގައި ދެވަނަ ފަހަރަށް ވަގުތީ އަމުރު ނެރުމަކީ ރެސް ޖުޑިކާޓާގެ މަބްދައާ ޚިލާފު ކަމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ކުންފުނިން ބުނީ ވަގުތީ އަމުރުގެ ޝަރުޠުތައް ފުރިހަމަނުވާކަމަށާއި، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އެހެން ފަރުވާ ދެވޭތީ އިޢާދަ ނުކުރެވޭ ގެއްލުމެއް ނެތްކަމަށާއި، އެއް ކަމެއްގައި ދެ ގޮތަކަށް ނިންމުމަކީ ރެސް ޖުޑިކާޓާއާ ޚިލާފު ކަމަށެވެ. މުވައްޒަފު ބުނީ ހާލަތު ބަދަލުވެގެން ދެވަނަ އެދުން ހުށަހެޅުނު ކަމަށާއި ދެފަރާތުގެ ގެއްލުން ވަޒަންކުރެވިފައިވާ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ޓްރައިބިއުނަލުން ތިން ޝަރުޠު ފުރިހަމަވާކަން ކަނޑައަޅައި، ވަގުތީ މުވައްޒަފަކު ނެގުމުގެ ފުރުޞަތު ދޫކޮށްލައިގެން ދެފަރާތުގެ މަޞްލަޙަތު ވަޒަންކޮށްފައިވާތީ ނިންމުމަށް ބަދަލުގެންނަން ނުޖެހެއެވެ. ދެ އެދުމުގައި އެދުނީ ތަފާތު ފަރުވާއަށް ކަމަށްވާތީ އެއް ކަމެއްގައި ދެ ގޮތަކަށް ނިންމާފައި ނުވެއެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ޓްރައިބިއުނަލުގެ ވަގުތީ އަމުރު ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ވަގުތީ އަމުރަށް އެދޭ ފަރާތުގައި ތިން ޝަރުޠު ފުރިހަމަވާން ޖެހެއެވެ: (ހ) އެފަދަ އަމުރަކަށް އެދުމުގެ ސިފަތު ނުވަތަ ހައިސިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވުން، (ށ) ޤާނޫނީ ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވުން، (ނ) ވަގުތީ އަމުރު ނުނެރެ އަޞްލު ދަޢުވާ ލަސްވެއްޖެނަމަ އިޢާދަނުކުރެވޭފަދަ ގެއްލުމަކާ ކުރިމަތިލާން ޖެހުން.
HN2 ވަގުތީ ފިޔަވަޅުތަކުގެ މަޤްޞަދަކީ މައުޟޫޢީ ޙައްޤަށް ނިހާއީ ޤަޟާއީ ހިމާޔަތް ލިބުމުގެ ކުރިން ފޫނުބެއްދޭވަރުގެ ގެއްލުން ވިޔަނުދިނުމާއި ކުޑަކުރުމަށް، ދެފަރާތުގެ ޙައްޤުތަކަށް ރިޢާޔަތްކުރުމާއެކު ވަގުތީ ޙައްލެއް ދިނުމެވެ؛ ތަދާރުކު ނުކުރެވޭ ގެއްލުމަކީ އިޞްލާޙުކޮށް ރަނގަޅު ނުކުރެވޭނެ ފަދަ ގެއްލުމެވެ.
HN3 ވަގުތީ އަމުރެއް ނެރުމުގައި ގެއްލުން ވަޒަންކުރާނީ އަމުރު ނެރުމާއި ނުނެރުމުން ދެފަރާތަށް ލިބޭ ގެއްލުމަށް ބަލައިގެންނެވެ؛ ވަގުތީ އަމުރަކުން ދެވޭ ފަރުވާއަކީ މައުޟޫޢީ ޙައްޤު ރައްކާތެރިކުރުމަށް ބޭނުންވާ މިންވަރަށްވުރެ ފުޅާ ފަރުވާއަކަށް ނުވާންވާނެއެވެ؛ މި ނިންމުމަކީ ހެކި ވަޒަންކޮށް މައުޟޫޢުގައި ނިންމާ ނިންމުމެއް ނޫން، މަތިމަތިން ހުށަހެޅުންތަކަށް ބަލައި ހާލަތު ބަދަލުނުވުމަށް އިސްކަންދީ ނިންމާ ނިންމުމެކެވެ.
HN4 އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރުން ނުވަތަ މަޤާމު ދަށްކުރުމުގެ މައްސަލަތަކުގައި ވަޒީފާއަށް ރުޖޫޢަކުރުމަކީ ދަޢުވާ ބިނާކޮށްފައިވާ އަސާސީ ފަރުވާ ކަމުގައިވާނަމަ، އެ ފަރުވާ ލިބުމަށް ހުރަސް ނޭޅޭނެ ގޮތަށް މަޞްލަޙަތު ހިމާޔަތްކުރުމަށް އެ މަޤާމަށް ދާއިމީ މުވައްޒަފަކު ނެގުން ހުއްޓުވާ ވަގުތީ އަމުރު ނެރެވިދާނެއެވެ؛ ވަގުތީ މުވައްޒަފަކު އައްޔަންކުރުމުގެ ފުރުޞަތު މުއައްސަސާއަށް ދޫކޮށްލުމުން ދެފަރާތުގެ މަޞްލަޙަތު ވަޒަންވެއެވެ.
HN5 ރެސް ޖުޑިކާޓާއަކީ އިޚްތިޞާޞް ލިބިފައިވާ ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ވަކި ފަރާތްތަކެއްގެ ވަކި ކަމެއްގެ މައްޗަށް ނިޔާ ކަނޑައަޅައިފިނަމަ، އިސްތިއުނާފުގެ ބޭރުން އެ ފަރާތްތަކުގެ މެދުގައި އެ ކަމަކާ ގުޅިގެން އަލުން ދަޢުވާ ކުރުން މަނާކުރާ މަބްދައެވެ.
HN6 އެއް މައްސަލައެއްގައި ތަފާތު ފަރުވާއަކަށް އެދި (މަޤާމު ހުސްކޮށް ބެހެއްޓުމާއި، ދާއިމީ މުވައްޒަފަކު ނެގުން ހުއްޓުވުން) ދެ ފަހަރު ވަގުތީ އަމުރަށް އެދުމުން ދެ ގޮތަކަށް ނިންމުމަކީ އެއް ކަމެއްގައި ދެ ގޮތަކަށް ނިންމުމެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މުޙައްމަދު ސަލީމް، ޙުޒައިފާ މުޙައްމަދު، ޢަބްދުލްމާނިޢު ޙުސައިން
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ސަލީމް · ތާއީދުކުރެއްވީ: ޙުޒައިފާ މުޙައްމަދު، ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު
ތަޢާރުފު
1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 200/VTR/VA/2024/35 ނިންމުން އިސްތިއުނާފު ކުރުމަށް އެދި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު (މީގެ ފަހުން މި ރިޕޯޓުގައި "ފިއުލް ސަޕްލައިސް މޯލްޑިވްސް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" ކަމަށް ބަޔާންކުރާ) ގެ ފަރާތުން އިސްތިއުނާފުކުރުމަށް އެދި ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2024/HC-A/243 ޤަޟިއްޔާއިން ބަލާފައިވާ މައްސަލައެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ […] / މާލެ، އިބްރާހީމް އިރުފާން ރަޝީދު އެވެ. ކަންހިނގި ގޮތް:
2އިބްރާހީމް އިރުފާން ރަޝީދު، ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސޭލްސް އެންޑް މަރކެޓިންގ ޑިޕާރޓްމަންޓުގެ މެނޭޖަރއެއްގެ މަޤާމު އަދާކުރަމުންދަނިކޮށް އިސްލާޙީ ފިޔަވަޅެއްގެ ގޮތުނ, މަޤާމު ދަށްކޮށް ރިޕެއަރ އެންޑް މެއިންޓެނެންސް ޑިޕާރޓްމަންޓުގެ އެސިސްޓެންޓް މެނޭޖަރެއް ގެ މަޤާމަށް ބަދަލުކޮށްފައިވާތީ އެ ޝަކުވާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ މައްސަލަ ބަލަމުންދަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 124/VTR/2024 މައްސަލައިންނެވެ.
3އެ މައްސަލައިގައި އެފަރާތުން އެ ދޭގޮތ ކަމަށް ބަޔާންކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.
1.3. އިބްރާހީމް އިރުފާން ރަޝީދުއާ މެދު ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ފަރާތުން އަޅާފައިވާ އިސްލާޙީ ފިޔަވަޅުތައް އަޅައިފައިވަނީ އެކަށީގެންވާ ހަމައަކުން ނޫން ކަމަށް ކަނޑައަޅައި ދިނުމަށާއި އެފިޔަވަޅުތައް ބާޠިލު ކޮށްދިނުން؛ ރަޖިސްޓަރީ ނަންބަރު 358/2000-C އައިޑީވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާ ފޯމުގެ 9 ވަނަ ނަންބަރު
2.3. އަދި ވޒީފާއާބެހަ ޓްރައިބިއުނަލުން މި މައްސަލަ ނިންމުމާ ހަމައަށް ވޭތުވި މުއްދަތުގައި އިބްރާހީމް އިރުފާން ރަޝީދުގެ މުސާރައާއި ޢިނާޔަތްތަކުން އުނިކޮށްފައިވާ ޢަދަދު އެކީ އެއްފަހަރާ ދިނުމަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި މައްސަލަ ނިންމުމާ ހަމައަށް ހިނގާ މުއްދަތުގައި ވަޒީފާގެ ކުރިއެރުން ޙައްޤުވާނަމަ، އެކުރި އެރުމަކީ ސޭލްސް އެންޑް މާރކެޓިންގް ގެ މޭނޭޖަރ ގެ މަޤާމުގައި ހުރެ ލިބޭ ކުރި އެރުމެއްގެ ގޮތުގައުއެ ކުރި އެރުން ކަނޑައަޅައި ދިނުމަށާއި ( ވަޒީފާގެ ކުރިއެރުން ދިނުމުގައިވެސް ކުރިންހުރި މަޤާމަށް ރިޢާޔަތްކުރުން)
3.3. ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ފަރާތުން ވަޒީފާ އަދާކުރާތަނ ތިލަފުއްޓަށް ބަދަލުކުރުމާ ގުޅިގެން މާލެއިން ތިލަފުއްޓަށް އަދި ތިލަފުށިނ މާލެއަށް ކޮންމެ ހަފްތާގެ 6 (ހައެއް) ދުވަހު 2 (ދޭއް) ފަހަރު ދަތުރުކުރަ ން ޖެހުމާއި ގުޅިގެން އެ ޚަރަދުތައް ނަގައިދިނުމަށާއި، ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ފަރާތުން ކުއްލިގޮތަކަށް އިސްލާޙީ ފިޔަވަޅު އެޅުމުގެ ސަބަބުން ނަފްސާނީ ޑަކްޓަރެއްގެ އެހީތެރިކަން ހޯދަންޖެހިފައިވުމާއ އަދި ނަފްސާނީ ގޮތުން ލިބިފައިވާ ގެއްލުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފެންނަ ޢަދުލުވެރި ބަދަލެއް ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ކިބައިން ނަގައިދިނުމަށާއި، ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ފަރާތުން އަޅާފައިވާ އިސްލާޙީ ފިޔަވަޅު ސަބަބުން ލިބުނު މާލީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފެންނަ ޢަދުލުވެރި ބަދަލެއް ނަގައި ދިނުމަށާއި އަދި ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ފަރާތުން އިބްރާހީމް އިރުފާން ރަޝީދު އާމެދު ބޭއިންސާފުން ޢަމަލުކުރުމުގެ ސަބަބުން އިބްރާހީމް އިރުފާން ރަޝީދުގެ ގެއްލިފައިވާ ޙައްޤު ހޯދުމަށްޓަކައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށްޓަކައި ޤާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދަންޖެހުމާއ ގުޅިގެނި ވަކީލަށް ދައްކަންޖެހުނު ވަކީލުފީގެ ޚަރަދު ނަގައިދިނުމަށް ފިއުލް ސަޕްލައިސް މޯލްޑިވްސްގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.
407 އޮގަސްޓް 2024 ގައި ބުނެވުނު ދަޢުވާ ހުށަހަޅައި އިބްރާހީމް އިރުފާން ރަޝީދުގެ ފަރާތުން ވަގުތީ 5 4 އަމުރަކަށް ވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި އެދުނެވެ. އެ ހުށަހެޅުމުގައި އެފަރާތުން އެދުނީ ހުށަހެޅިފައިވާ މައްސަލައިގައި ވަކިގޮތަކަށް ކަނޑައަޅަންދެން ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ގޮތެއް ކަނޑައަޅަންދެން ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސޭލްސް އެންޑް މާރކެޓިންގ ޑިޕާރޓްމަންޓުގެ މެނޭޖަރގެ މަޤާމަށް އެހެން ފަރާތެއް ނުނެގުމަށް ނުވަތަ އައްޔަން ނުކުރުމަށާއި، އިބްރާހީމް އިރުފާން ރަޝީދަށް އެ މަޤާމު ގެއްލިގެން ހިނގައިދާނެފަދަ އެއްވެސް ނިންމުމެއް ނުނިންމުމަށް ފިއުލް ސަޕްލައިސް މޯލްޑިވްސްގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
5ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން އެޓްރައިބިއުނަލުގައި 10 ސެޕްޓެންބރަ 2024 ގައި ބޭއްވުނު އަޑުއެހުމުގައި، އިބްރާހީމް އިރުފާން ރަޝީދުގެފަރާތުން ވަގުތީ އަމުރު ނިންމުމަށް އެދޭގޮތުގައި މައްސަލަ ރައްދުވާ ފަރާތުގެ އެސިސްޓެންޓް މެނޭޖަރ، ސޭލްސް އޮޕަރޭޝަންސް މަޤާމަށް އެހެން ފަރާތެއް ނުނެގުމަށް ކަމަށް 'ބަޔާންކޮށްފައި އެވަނީ، މައސަލް ހުށަހެޅަ ފަރާތުން އަދާކުރަމުން ދިޔް މަޤާމަށް، މިމައްސަލައިގައި ގޮތެއް ކަނޑައަޅަންދެން ދާއިމީ މުވައްޒަފަކުވެސް އަދި ވަގުތީ މުވައްޒަފަކުވެސް ނުނަގައި އެ މަޤާމު ހުސްކޮށް ބައިންދާދިނުމުގެ މާނައިގައިކަމުގައ ބުނި އެކަން ސާފުކޮށްދީފައިވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ފާހަގަކޮށްފައިވެއެވެ.
6އެ ހުށަހެޅުމާ ގުޅިގެން 10 ސެޕްޓެންބަރު 2024 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 200/VTR/VA/2024/31 ނިންމުމުގައި ނިންމީ، އިބްރާހީމް އިރުފާން ރަޝީދު އެދުނު ވަގުތީ އަމުރު ނެރެދީފި ކަމުގައިވާނަމަ އެގޭ ސަބަބުން ފިއުލް ސަޕްލައިސް މޯލްޑިވްސްއަށް ލިބިދާނެ ގެއްލުމަށް ރިޢާޔަތްކޮށް، އިބްރާހީމް އިރުފާން ރަޝީދު އެދިފައިވާ ވަގުތީ އަމުރު ނެރެދެވެން ނެތްކަމަށެވެ. ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސޭލްސް އެންޑް މާކެޓިންގ ޑިޕާރޓްމަންޓުގ މެނޭޖަރގެ މަޤާމަށް އިބްރާހީމް އރުފާނި ރަޝީދުގެ ފަރާތުން އެދިފައިވާ ފަދައިން އެއްވެސް މުވައްޒަކު ހޮވުމަކާ ނުލައި ބެހެއްޓުމަކީ، އޭގެ ސަބަބުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާ ފޯމުގެ 12 ވަނަ ނަންބަރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާ ފޯމުގެ 12 ވަނަ ނަންބަރުގެ " ނެރެދިނުމަށް އެދޭ ވަގުތީ އަމުރު އޮންނަންވީގޮތް" ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސޭލްސް އެންޑް މަރކެޓިންގ މަސައްކަތްކުރުމަށް ހުރަސްއެޅި، ކުންފުނީގެ ހިންގުމަށް އޭގެ ސަބަބުން އަސަރުކުރާނެ ކަމެއް ކަމަށާއި ފިއުލް ސަޕްލައިސް މޯލްޑިވްސްއަށް އޭގެ ސަބަބުނަ ގެއްލުންވާނެ ކަމެއް ކަމަށް އެފަރާތުން ބަޔާންކޮށްފައިވާތީ، ދެފަރާތުގެ މަސްލަޙަތު ވަޒަންކުރާއިރު، އިބްރާހީމް އިރުފާން ރަޝީދު އެދިފައިވާ ފަދަ ވަގުތީ އަމުރެއް ނެރެދީފ ކަމުގައި ވާނަމަ އެފަރާތަށް ލިބޭ ގެއްލުމށްވުރަ ފިއުލް ސަޕްލައިސް މޯލްޑިވްސްއަށް ލިބޭނެ ގެއްލުން ބޮޑުކަމަށް ބުރަވެވޭ ކަމަށް އެ ނިންމުމުގެ 14 ވަނަ ނުކުތާގައި ފާހަގަކޮށްފައިވެއެވެ.
7އެ ވަގުތީ އަމުރު ނެރދެ ވެން ނެތްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުނެ ކަނޑައެޅފަހުން، ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސޭލްސް އެންޑް މާރކެޓިންގ ޑިޕާރޓްމަންޓަށް މެނޭޖަރެއްގެ މަޤާމަށް ދާއިމީ މުވައްޒަކު ހޯދުމަށް 17 ސެޕްޓެންބަރު 2024 ގައި އިޢުލާންކުރިއެވެ.
8ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސޭލްސް އެންޑް މާރކެޓިންގެ މެނޭޖަރގެ މަޤާމަށް ދާއިމީ މުވައްޒަފަކު ނެގުމަށް މަސައްކަތްކުރަމުންދާތީ، އެގޮތަށް ޢަ މަލުކޮށްފިނަމަ، އިބްރާހީމް އިރުފާން ރަޝީދުގެފަރާތުން ހުށަހެޅި މައްސަލައިގެ މައުޟޫޢުގައި އެދިފައިވާ ގޮތަށް އެ މަޤާމަށް އަލުން ރުޖޫޢަކުރަން ނިންމާ ޙާލަތުގައި އެ މަޤާމަށް ދާއިމީ މުވައްޒަފަކު އައްޔަނުކޮށްފައި ހުރުމުގެ ސަބަ ބުން އެމަޤާމު އިޢާދަނުކުރެވޭ ފަދަ ގޮތެއް ނުވަތަ ނިންމުން ތަންފީޒުކުރުމަށް ހުރަސް އެޅިދާނެ ފަދަ ޙާލާތެއް މެދުވެރިވެދާނެ ކަމަށް ބަޔާންކޮށް، ވަގުތީ އަމުރެއް ނެރެދިނުމަށް އިބްރާހީމް އިރުފާން ރަޝީދުގެ ފަރާތުން 17 ސެޕްޓެންބަރު 2024 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި އެދުނެވެ.
9އެ ހުށަހެޅުމާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލުން 30 ސެޕްޓެންބަރު 2024 ދުވަހު ނިންމި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 200/VTR/VA/2024/35 ނިންމުމުގައި ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ. ".. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 124/VTR/2024 މައްސަލައިގެ މައުޟޫޢުގައި ފައިޞަލާކުރަނިވި ނިންމުމެއް ނިންމުމާ ހަމައަށް ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަކި ގޮތެއް ކަނޑަ އަޅަންދެން، އިބްރާހީމް އިރުފާން ރަޝީދު ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގައި އަދާކުރަމުންދިޔަ މަޤާމަށް ދާއިމީ މުވައްޒަފަކު ނުނެގުމަށާއި، އެމަޤާމަށް ދާއިމީ މުވައްޒަފަކު ނެގުމަށް އެއްވެސް މަސައްކަތެއް ކުރަމުންދާނަމަ، އެ މަސައްކަތެއް ހުއްޓައިލުމަށާއި، މި މައްސަލައިގައި ވަޒީފާ އާބެހޭ ޓްރައިބިއުނަލުން ނިންމަ ނިންމުމެއް ތަންފީޒުކުރުމަށް ހުރަސް އެޅިދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް މިމައްސަލަ ރައްދުވާ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އަމުރުކުރަމެވެ."
10މި އިސްތިއުނާފުގައި ހުށަހެޅިފައި މިވަނީ ބުނެވުނު ވަގުތީ އަމުރު ނެރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 124/VTR/2024 މައްސަލައިގައި ނިންމި ނަންބަރު 200/VTR/VA/2024/35 ނިންމުން އިސްތިއުނާފުކުރުމަށް ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ފަރާތުން ހުށަހެޅި މައްސަލައެވެ. އިސްތިއުނާފީ ނުކުތާތައް:
11ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 200/VTR/VA/2024/35 ނިންމުން އިސްތިއުނާފުކުރުމަށް ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ފަރާތުން ހުށަހަޅއަ ފައިވަނީ އަންނނަ ވި ދެ ނުކުތާއެވެ.
1.11 މި ވަގުތީ އަމުރަކީ، ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޝަރުޠުތަކަށާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/101 ޤަޟިއްޔާއާއި، ދވެހިރާއްޖޭގި ހައިކޯޓުގެ ނަންބަރު 2015/HC-A/71 ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/11 ޤޟިއްޔާގައަ ކަނޑައަޅާފައިވި ހަމަތަކާއި، އުޞޫލުތަކާ ޚިލާފަށް ނެރެފައިވާ ވަގުތީ އަމުރެއްކަމަށް؛
2.11 އެއް މައުޟޫޢުގެ މައްޗަށް ހުށަހެޅި ހިނގަމުންދާ މައްސަލައެއްގައި އެއްކަމެއްގެ މައްޗަށް ދެފަހަރު ދެ ގޮތަށް ވަގުތީ އަމުރު ނެރެފައި އޮތުމުން ވަގުތީ އަމުރާމެދު ގޮތް ކަނޑައެޅުމުގައި ޢަދުލުވެރިކަން ޤާއިމުކުރެވފައިނުވާކަމަށް؛ އިސްތިއުނާފީ ނުކުތާއާ ގުޅިގެން މައްސަލައިގެ ހިމެނޭ ދެ ފަރާތުން ފާހަގަކުރި ކަންކަމުގެ ޚުލާޞާ: އިސްތިއުނާފުކުރި ފަރާތުން ދެއްކި ވާހަކަ:
12އިސްތިއުނާފުކުރި ފަރާތުން ދެއްކި ވާހަކަތަކުގައި އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން ޖުމްލަކޮށް ފާހަގަކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.
1.12 މި މައްސަލައިގައި ވަގުތީ އަމުރު ނެރެދީފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ހުރިހާ ޝަރުޠެއް ފުރިހަމަ ނުވާ ޙާލަތުގައި ކަމަށާއި، އަދި ވަގުތީ އަމުރު ނެރެފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/101 ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/71 ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/11 ޤަޟިއްޔާގައި، ވަގުތީ އަމުރު ނެރުމުގެ ސަބަބުން ގެއްލިގެން ހިގައިދާނެ މަސްލޙަ ތ، ވަގުތަ އަމުރު ނެރެ ނުދީފިނަމަ ގެއްލިގެން ހިނގައިދާނި މަސލަޙަތުގެ މައްޗަށް ވެސް ނަޒަރަކްރަންޖެހޭނެ ކަމުގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ކަމަށެވެ.
2.12 އިސްތިއުނާފު ރައްދުވި ފަރާތުގެ ވަޒީފާ ދަށްކޮށްފައިވަނީ ޤާނޫނާ ގަވާއިދާ ޚިލާފަށް ކަމަށް ކަނޑައެޅޭ ޙާލަތުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ ދަށުން މައްސަލަ ރައްދުވި ފަރާތުން ކުރިން އަދާކުރަމުންދިޔަ ވަޒީފާ ދިނުމަށް އަމުރެއް ކުރުމަށް ލާޒިމު ނޫންކަމަށެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންވެގެންވާ ކޮންމެ ފަރުވާއަކީ ވެސް ދެވިދާނެ ފަރުވާއެއް ކަމަށާއި މިގޮތުން ފަރުވާއެއް އެފަރާތުނު އަދާކުރަމުންދިޔަ ވަޒީފާއާ އެކަށީގެންވާ އެހެން ވަޒީފާއެއް ދިނުމަށްވެސް އަމުރު ކުރެވިދާނެ ކ މަށާއަ އަދާކުރަމުންދިޔަ ވަޒީފާ ނުވަތަ އެ ވަޒީފާ އާ އެކަށީގެންވާ އެހެން ވަޒީފާއެއް ދިނުމަށް އަމުރެއް ނުނެރެ ބަދަލު ދިނުމަށް ކަނޑައެޅޭ ޙާލަތަކީ ވެސް ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތެއްކމަށެވެ.
3.12 އިބްރާހީމް އިރުފާން ރަޝީދަށް މެނޭޖަރެއްގެ ވަޒީފާ ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަންގާ ޙާލަތުގައި އިބްރާހީމް އިރުފާން ރަޝީދު މިހާރު ހުރި އިންޖިނިއަރިންގ ޑިޕާރޓްމަންޓުން މެނޭޖަރެއްގެ ވަޒީފާ އޭނާއަށް ދެވދި ނ ކަމުގައި ބުނެފައިވާނެ ކަމަށާއި ސޭލްސް ޑިޕާރޓްމަންޓުގެ މެނޭޖަރ އަދި އިންޖިނިއަރިންގ ޑިޕާރޓްމަންޓުގ މެނޭޖަރގެ މަޤާމަކީވެސ ފިއުލް ސަޕްލައިސް މޯލްޑިވްސްގެ އޮންނަ އެއްދަރަޖައިގެ ވަޒީފާއެއް ކަމަށާއި މުސާރައާއި ޢިނާޔަތްތަކގު އ ވެސި އެއްވެސަ ތަފާތެއް ނެތްކަމަށެވެ. ވުމާއެކު ވަގުތީ އަމުރު ނެރުމަކާ ނުލައި އަޞްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ދިއުމަކުނ އިބްރާހީމް އިރުފާން ރަޝީދު އަށް ލިބޭނެ އިޢާދަ ނުކުރެވޭ ގެއްލުމެއް ނެތް ކަމަށެވެ.
4.12 ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށް ފައިވާ ފަރުވާ ތަކަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަކީ ޤާނޫނީ ގޮތުން ލާޒިމުވެގެންވާ ކަމެއްކަމުގައި ވީ ހިނދު އެކުންފުނީގެ މާލީ ފުއްދުން ތެރިކަމާއި، ކުންފުނީގެ ސައިޒަށް ރިޢާޔަތްކުރާއިރު، ވަގުތީ އަމުރެއް ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގއަ ޖ ނަމެ އިސްތިއުނާފު ރައްދުވާ ފަރާތަށް ކުރިމަތިވެދާނެ ގެއްލުމެއް ނެތްކަމަށެވެ.
5.12 އެހެން ނަމަވެސް މައްސަލަ ނިމެންދެން އެ މަޤާމަށް މީހަކު ނުނެގިއްޖެނަމަ މައްސަލަ ރައްދުވާ ފަރާތަށް އެކަމުގައި ގެއްލުންތަކެއް ލިބިގެންދާނެ ކމަށާއަ އެފަދަ އަމުރެއް ނެރުމުގެ ސަބަބުން ސޭލްސް އެންޑް މާކެޓިނގގެ މަސައްކަތް ކުރުމަށް ހުރަސްއެޅިގެން ދާކަމަށާއި އެ މަޤާމަށް މީހަކު ނުނެގި ގިނަ ދުވަސް ވެއްޖެނަމަ އެކަމުގެ ގެއްލުންވާނީ ހަމައެކަނި އިސްތިއުނާފުކުރާ ފަރާތަށް ކަމަށާއި އޭގެ ސަބަބުން މުޅި ކުންފުނީގެ ހިންގުމަށް ވެސް އެކަމުގެ އަސަރުކުރާނެ ކަމަށެވެ.
13އިސްތިއުނާފީ ދެވަނަ ނުކުތާގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި އެންމެ ފުރަތަމަ އެދުނު ވަގުތީ އަމުރާމެދު ވަޒީފާއާބހެ ޓްރައިބިއުނަލުން ނިންމީ އެ ވަގުތީ އަމުރު ނެރެދީފ ކަމުގައި ވާނަމަ އޭގެ ސަބަބުން ފިއުލް ސަޕްލައިސް މޯލްޑިވްސް އަށް ލިބިދާނެ ގެއްލުމަކަށް ރިޢާޔަތްކޮށް އަމުރު ނެރެދެވޭނެ ތަނެއް ނެތްކަމަށެވެ.
14އިސްތިއުނާފ ރައްދުވު ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ދެވަނަ ފަހަރަށް އެދި ހުށަހެޅި ފޯމުގައި ވެސް ވަގުތީ އަމުރަށް އެދުނު ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ މައްސަލަ ހުށހެޅަ ފޯމުގައި ވަގުތީ އަމުރަށް އެދުނު ސަބަބުތައް ކަމަށެވެ. ދެވަނަ ފަހަރަށް އެދުނު ވަގުތީ އަމުރު ޓްރައިބިއުނަލުން ނެރެދީފައިވާ ކަމަށާއި، އެއް މައުޟޫއެއްގެ މައްޗަށް ހިނގަމުންދާ މައްސަލައެއްގައި އެއްކަމެއްގެ މައްޗަށް ދެފަހަރު ދެ ގޮތަށް ވަގުތީ އަމުރު ނެރެ ނިޔާ ކަނޑައެޅިގެން ދިއުމަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނއަސާސީގު 42 ވަނަ މާއްދާއާ ޚާ ލާފ ކަމެއު ކަމަށެވެ.
15އިސްތިއުނާފު ރައްދުވާ ފަރާތުން ފުރަތަމަ އެދިފައިވާ ވަގުތީ އަމުރު ނިންމާފައިވަނީ ދެވަނަ އަށް އެދުނު ވަގުތީ އަމުރުގައި އެދިފައިވާ ނުކުތާތަކުގެ މައްޗަށް ކަމަށާއި، ރެސް ޖުޑިކާޓާގެ މަބުދަޢުއަށް ރިޢާޔަތްކުރާއިރު އިސްތިއުނާފު ރައްދުވާ ފަރާތަށް މި ވަގުތީ އަމުރަށް ނޭދެވޭނެ ކަމަށެވެ. ވަގުތީ އަމުރާ ގުޅޭ ގޮތުން 10 ސެޕްޓެންބަރު 2024 ގައި ވަޒީފާއާބެހޭ ޓްރައިބިއުމަލުން ނިންމި ނިންމުން އިސްތިއުނާފރައްދުވާ ފަރާތުނު މިހާތަނަށް އިސްތިއުނާފުކޮށްފައި ނުވާކަމަށާއި އެނިންމުން މިހާރު ނިހާއީ ވެފައިވާ ކަމަށެވެ.
16އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 124/VTR/2024 މައްސަލައިގައި، އިބްރާހީމް އިރުފާން ރަޝީދުގެ ފަރާތުން އެދިފައިވާ ފަދަ ވަގުތީ އަމުރެއް ނެރެންޖެހނޭ ތަނެއް ނެތްކަމށަ ކަނޑައަޅައް ދިނުމަށާއި، މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނެރެފައިވާ ވަގުތީ އަމުރު ބާޠިލުކޮށްދިނުމަށެވެ. އިސްތިއުނާފު ރައްދުވާފަރާތުގެ ވާހަކަ:
17އިސްތިއުނާފުގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތުން އެދުނު ވަގުތީ އަމުރު ފަހުން ނެރެދީފައިވަނީ، ފިއުލް ސަޕްލައިސް މޯލްޑިވްސްގެފަރާތުން ދާއިމީ މުވައްޒަފެއް އެ މަޤާމަށް ނެގުމަށް އިޢުލާންކޮށް އެ މަސައްކަތް ފިއުލް ސަޕްލައިސް މޯލްޑިވްސް އިން ކުރަމުންދާތީ އާއި އެކަމަކީ ދެފަރާތުގެ މަސްލަޙަތަށް ރިޢާޔަތްކުރާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުގެ މަސްލަޙަތު ގެއްލި އަދި، އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތަށް މައުޟޫޢީ މައްސަލައިގައި ނިންމުމެއް ނިމިގެންދާ ޙާލަތުގައި، އެ ނިންމުން ތަންފީޒުކުރުމަށް ހުރަސް އެޅި އަދި ތިންވަނަ ފަރާތެއްގެ މަސލަޙަތް އުފަންވެގެންދާނެ ކަމެއްކަން ފެންނަން އޮތުމުން މިޙާލަތުގައި އަމުރު ނެރުމުގެ ސަބަބުން އިސްތިއު ނާފުކުރާ ފަރާތަށް ލިބިގެންދާ ގެއްލުމަށްވުރެ، އެއަމުރު ނުނެރުމުގެ ސަބަބުން އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިގެންދާ ގެއްލުން ވަޒަންކުރެއްވުމަށްފަހު ނިންމި ނ ންމުމެއްކަނ ވަޒީފާއާބެހް ޓްރައިބިއުނަލުން ނިންމި ނިންމުމުން ފާހަގަވާން އޮންނަކަމަށެވެ.
18ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކުރާ ފަރުވާއާ ގުޅޭގޮތުން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރިކަމަކީ، ހުރިހާ ޙާލަތެއްގައި ޢަމަލުކުރެވެން އޮތް ގޮތް ނޫންކަމަށާއި ސަބަބަކީ ވަކި ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބި ސްޕެޝަލައިޒ ވެފައިވް ފަރާތަކަށް އެ ދާއިރާއާ އެއްވެސް ގުޅުމެއް ނެތް އެހެން ދާއިރާއަކުން ހަމަ އެ ރޭނކުގ މަޤާމުގެ މަޤާމު ހަމަޖައްސައި ދިނުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ޙައްލު ހޯދައިދިނުމަށް ތަޞައްވަރުކޮށްފައިވ ގޮތާ ކަމުގައި ނޫންކަމަށާއި، އެ މާއްދާގައި މުވައްޒަފަށް ހޯދައިދޭން ތަޞައްވަރުކުރާ ޙައްލަކީ ކޮންމެ ދާއިރާއެއް ކަމުގައި ވީނަމަވެސް އެއް މުސާރައެއް ލިބޭ އެއް ރޭންކެއް ހަމޖައްސައިދިނުން ނޫންކަމަށެވެ.
19އެހެންކަމުން އެ ނިންމުމަކީ އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދީފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުންތަކުގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ނިންމި ނިންމުމެއް ނޫންކަމަށެވެ.
20އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅޭގޮތުން އިސްތިއުނާފު ރައްދުވާ ފރާތުނަ ބުނެފައިވަނީ، ވަގުތީ އަމުރަކާމެދުގައި ނިންމުމެއްގެ ޙާލަތު ބަދަލުވެގެން ނުވަތަ ކުރިން ނިންމާފައިވާ ނިންމުން ބިނާކުރި ސަބަބަށް އަސަރުކުރާނެފަދަ އިތުރު ކަމެއް ނުވަތަ ސަބަބެއް އޮތްކަމުގެ ހެކި ހުރެއްޖެނަމަ އެ ނިންމުން ރިވިއުކުރަން ހުށަހެޅޭނެ ކަމަށާއި، އެ ޙާލަތަކީ އެ ނިންމުން އިސްތިއުނާފު ކުރަންޖެހޭ ޙާލަތަ ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/15-S-2019/HC ޤަޟިއްޔާ ގައި ކަނޑައަޅާފައިވާ އުޞޫލު މި މައްސަލައަށް ތަޠުބީޤު ކުރާއިރު މި މައްސަލައިގެ އެންމެ ފުރަތަމަ ވަގުތީ އަމުރަށް އެދުނު އިރު އޮތް ޙާލަތާއި އޭގެ ފަހުން ވަގުތީ އަމުރަށް އެދުނު އިރު އޮތް ޙާލަތު ތަފާތުކަމަށާއި، އެކަމާ ގުޅޭ ހެކި ހުށަހަޅާފައިވާކަން އެނގެން އ ތަތީ، މި ޙާލަތަކީ ވަގުތީ އަމުރަށް އެދި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭނެ ޙާލަތެއްކަމަށެވެ.
21އެއްކަމަށް ދެފަހަރަށް ވަގުތީ އަމުރަށް އެދުމަކީ ރެސްޖުޑިކާޓާގެ މަބްދައުއަށް ރިޢާޔަތްކުރާއިރު ކުރެވޭނެ ކަމެއް ނޫންކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާއިރު، ޙަވާލާދޭ އެ އުޞޫލަކީ މައުޟޫޢީ މައްސަލައެއް ބަލައި ނިންމައިފައިވަނިކޮށް ހަމަ މައުޟޫޢުގައި އެ މަރުޙަލާގައި އެހެން މައްސަލައެއް ބެލުނަ ހުރަސް އަޅާ ޤާނޫނީ އުޞޫލެއްކަމަށާއި، މައުޟޫޢީ ގޮތުން މައްސަލައެއް ބަލާ ގޮތާއި، ވަގުތީ އަމުރަކާ ގުޅިގެން ނިންމުމެއް ނިންމުމާ މިއީ ތަފާތު ދެ ޙާލަތެއްކަމަށެވެ.
22ވަގުތީ އަމުރާ މެދުގައި ނިންމާފައިވާ ނިންމުމަކީ އެއްކަމެއްގައި ދެ ފަހަރު ދެ ގޮތަށް ވޒީފާއާބެހަ ޓްރައިބިއުނަލުން ނިންމުމެއް ނޫންކަމުގައެވެ.
23އިސްތިއުނާފުރައްދުވާ ފަރާތުން މި އިސްތިއުނާފުގައި އެދިފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 200/VTR/VA/2024/35 ނިންމުމަށް ބަދަލުގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނަ ކަންކަން:
24މި އިސްތިއުނާފަކީ، އިބްރާހީމް އިރުފާން ރަޝީދު ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސޭލްސް އެންޑް މާރކެޓިންގ މެނޭޖަރ މަޤާމު އަދާކުރަމުން ދަނިކޮށް އިސްލާޙީ ފިޔަވަޅެއްގެ ގޮތި ން، މެނޭޖަރގެ މަޤާމުން އެސިސްޓެންޓް މެނޭޖަރެއްގެ މަޤާމަށް ޑިމޯޓުކޮށް، ރިޕެއަރ އެންޑް މެއިންޓެނެންސް ޑިޕާ ރޓްމަންޓަށް ބަދަލުކޮށްފައިވާތީ، އެ ޝަކުވާ އިބްރާހީމް އިރުފާން ރަޝީދު ގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 124/VTR/2024 މައްސަލައިން ބަލަމުންދާ މައްސަލައިގެ މައުޟޫޢުގައި ފައިޞަލާކުރަނިވި ނިންމުމެއް ނިންމުމާ ހަމައަށް ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަކި ގޮތެއް ކަނޑައަޅަންދެން، އިބްރާހީމް އިރުފާން ރަޝީދު ފިއުލް ސަޕްލައިސް މޯލްޑިވްސް ގައި އަދާކުރަމުންދިޔަ މަޤާމަށް ދާއިމީ މުވައްޒަފަކު ނުނެގުމަށް އަމުރުކޮށް ވަޒީފާއާބެހޭ ޓްރައިބއުނަލުނި ނިންމި ނަންބަރު 200/VTR/VA/2024/35 ނިންމުން އިސްތިއުނާފުކުރުމަށް ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފެކެވެ.
25މި އިސްތިއުނާފު ބިނާކޮށްފައި ވަނީ މައިގަނޑު ދެ ކަމެއްގެ މައްޗަށެވެ. އެއީ، މި ވަގުތީ އަމުރަކީ، ވަގުތީ އަމުރު ނެރުމުގައި ބަލަންޖެހޭ ޝަރުޠުތައް ފުރިހަމަ ވެފައި ނުވާ ވަގުތީ އަމުރެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއާއި އަދި އެއްކަމެއްގެ މައްޗަށް ދެފަހަރު ދެ ގޮތަށް ވަގުތީ އަމުރު ނެރަ ދީފައިވާ ކ މަށް ބުނަ ފާހަގަކުރި ނުކުތާގެ މައްޗަށެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅޭ:
26ވަގުތީ އަމުރަކީ ވަގުތީ އަމުރު ނެރުމުގައި ބަލަންޖެހޭ ޝަރުޠުތައް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/21 ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާ ގައި ކަނޑައަޅާފައިވާ ހުރިހާ ޝަރުޠެއް ފުރިހަމނުވަ ކަމަށެވެ.
27HN1ވަގުތީ އަމުރަށް އެދޭ ފަރާތުގެ ކިބައިގައި 3 (ތިނެއް) ޝަރުޠެއް ފުރިހަމަ ވާންވާނެ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ކަނޑައަޅާފައިވާއިރު، އެ ތިން ޝަރުޠުތަކަކީ؛
(ހ) ވަގުތީ އަމުރަށް އެދޭ ފަރާތަކީ، އެފަދަ އަމުރަކަށް އެދުމުގެ ސިފަތު ނުވަތަ ހައިސިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާ ފަރާތަކަށްވުމާއި،
(ށ) ވަގުތީ އަމުރަށް އެދޭ ފަރާތަށް، ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންވުން، އަދ
(ނ) ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫއީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ، އިޢާދަ ނުކުރެވޭފަދަ ނުރައްކަލަކާ ނުވަތަ ގެއްލުމަކާ ކުރިމަތިލާން ޖެހުން . މިއެވެ.
28މި އިސްތިއުނާފުގައި އިސްތިއުނާފުކުރާ ފަރާތުން ސުވާލު އުފައްދާފައިވަނީ، މި ވަގުތީ އަމުރު ނެރުމުގައި ދެފަރާތަށް ލިބޭނެ ގެއްލުން ވަޒަންކުރުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން މަޞްލަޙަތަށް ރިޢާޔަތްކުރި ގޮތާމެދުގައެވެ. ވަގުތީ އަމުރު ނެރުމުގައި ގެއްލުން ވަޒަންކުރުން:
29HN2ވަގުތީ ފިޔަވަޅުތަކަކީ، މައްސަލައިގެ މައުޟޫޢީ ޙައްޤަށް ޤަޟާއީ ހިމާޔަތް ނިހާއީ ސިފައެއްގައި ލިބުމުގެ ކުރިން، ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބިދާނެތީ، އެފަދަ ގެއްލުމެއް ވިޔަނުދިނުމަށް ނުވަތަ ގެއްލުންތައް ވީހައިވެސ ކުޑަކުރުމަށް އަޅާ ވަގުތީ ފިޔަވަޅުތަކެވެ. ވަގުތީ އަމުރުގެ މަޤުސަދަކީ މައްސަލައިގެ މައުޟޫގައު ނިންމާ ނިންމުމަށް އެހީވެދިނުމުގ ގޮތުނެ ދެފަރާތުގެ ޙައްޤުތަކަށްވެސް ރިޢާޔަތްކުރުމާއެކު އެ ހިނދަށް ވަގުތީ ޙައްލެއް ދިނުމެވެ.
30ތަދާރުކު ނުކުރެވޭ ގެއްލުމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/43 ރިޖްވުޑް ހޮޓެލްސް އެންޑް ސުއިޓްސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ސަދީފު ޤަޟިއްޔާގައި ބަޔާންކުރަނީ އެއީފޫނުބެދޭވަރުގެ ގެއްލުނު ނުވަތް އިސްލާހުކޮށް، ރަނގަޅު ނުކުރެވޭނެ ފަދަ ގެއްލުން ކަމުގައެވެ.
31HN3ވަގުތީ އަމުރެއް ނެރުމުގައި ގެއްލުން ވަޒަންކުރުމުގައި ބަލަނީ އެދިފައިވާ ވަގުތީ އަމުރު ނެރުމާ ނުނެރުމުން ދެފަރާތަށް ލިބޭ ގެއްލުމުގެ މައްޗަށެވެ. ވަގުތީ އަމުރުން ދެވޭ ފަރުވާއަކީ އެފަދަ އަމުރަކުން ޙިމާޔަތްކުރަންޖެހޭ މައުޟޫއީ ޙައްޤުތައް ރައްކާތެރިކުރުމަށް ބޭނުންވާ މިންވަރަށްވުރެ ފުޅާކޮށް ނެރެވޭ އމުރެއ ކަމުގައް ވެގެނަ ނުވާނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2022/HC-A/116 ޤަޟިއްޔާގައި ބަޔާންކުރެއެވެ.
32ވަގުތީ އަމުރަކަށް އެދުމުން، މައްސަލައިގެ މައުޟޫޢާމެދު ގޮތެއް ކަނޑައެޅުމަކާ ނުލައި، މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ލިބިދާނެ ގެއްލުމުގެ މައްޗަށް ބަލައި، އެފަދަ ގެއްލުމެއް ލިބޭކަމުގައިވާނަމަ، ނުވަތަ އިއާދަނުކުރެވޭ މިންވަރުގެ ގެއްލުމެއް ލިބިދާނެކަމުގައި ދެކޭނަމަ، އާންމު އުޞޫލެއްގެ ގޮތުން އޮތް ޙާލަތަށް އޭގެ ޒާތުގައި ބަދަލެއް ނުގެނައުމަށް އިސްކަންދީ، ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ މައްޗަށް ވަގުތީ އަމުރު ނެރުމާއިއެކ ގޮތެއު ނިންމިގެން ދާކަމަށާއި، އެ ނިންމުމަކީ މައްސަލައިގެ މައުޟޫޢުގައި ގޮތް ނިންމުމުގައި ބަލާ މިންގަނޑަށް ހެކިތައް ހުށަހަޅައި، އެ ހެކިތައް ވަޒަންކޮށް ނިންމާ ނިންމުމުގެ ބަދަލުގައި، ޝަރީޢަތުގައި މައްސަލައިގެ މައުޟޫޢުގައި ހެކި ވަޒަންކޮށް ފައިސަލާކުރަންޖެހޭ މިންވަރަށް އޭގެ ތެރެއަށް ވަނުމުގެ ބަދަލުގައި، މަތިމަތިން އެވަގުތު ހުށަހަޅާފައިވާ ހުށަހެޅުނި ތަކުގެ މައްޗަށް އިއާދަނުކުރެވޭ ގެއްލުމެއް ނުވަތަ އޮތް ނުރައްކަލެއް ފޫބެއްދުމަށް އިސްކަންދީ، ނިންމާ ނިންމުމެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/18 ޙަސަން ޚަލީލް ވ. ސިވިލް ސަރވިސް ކޮމިޝަން ޤަޟިއްޔާގައި ބަޔާންކުރެއެވެ.
33ބުނެވުނު އުޞޫލުތަކުގެ އަލީގައި މި މައްސަލައަށް ބަލާއިރު، މި މައްސަލައިގައި އިބްރާހީމް އިރުފާން ރަޝީދުގެ ފަރާތުން އެދުނު ވަގުތީ އަމުރުގައި އެދިފައިވަނީ، އިބްރާހީމް އިރުފާން ރަޝީދުގެ ވަޒީފާ ދަށްކުރި އިރު ހުރި މެނޭޖަރ މަޤާމަށް ދާއިމީ މުވައްޒަފަކު ނެގުން ހުއްޓުވުމުގެ އަމުރަކަށެވެ.
34އިބްރާހީމް އިރުފާން ރަޝީދުގެ ފަރާތުން އެދުނު އަމުރު ނެރެދިނުމުގައި ރިޢާޔަތްކުރިކަންކަމަށް ބަލާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ފާހަގަކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.
1.34 ފިއުލް ސަޕްލައިސް މޯލްޑިވްސގް ފަރާތުން އަޅާފައިވާ އިސްލާޙީ ފިޔަވަޅު ބާޠިލުކޮށްދިނުމަށް އިބްރާހީމް އިރުފާން ރަޝީދުގެ ފަރާތުން އެދިފައިވާތީ، އިބްރާހީމް އިރުފާން ރަޝީދުގެ ފަރާތުންއެދިފައިވާ ފަދައިން އެ ފަރާތުން ފިއުލް ސަޕްލައިސް މޯލްޑިވްސް ގައި ވަޒީފާ އަދާކުރަމުން ދަނިކޮށް އިސްލާޙީ ފިޔަވަޅު އަޅައި މަޤާމު ދަށްކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތިކަމަށް ޓްރައިބިއުނަލުން ނިންމާ ޙާލަތުގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރެއް ނެރުމުގައި އެންމެ ފުރަތަމަ ބަލަންވާނީ މައްސަލަ ހުށަހެޅި ފަރާތް ކުރިން ހުރި މަޤާމުގައި އަލުން ބެހެއްޓުމަށްކަމަށް ބުރަވެވޭތީ މައްސަލަ ހުށަހެޅި ފަރާތަށް ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ޙައްޤެއްއޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންވާ ކަމަށެވެ.
2.34 އެކަށީގެންވާ ސަބަބެއް ނެތި މަޤާމު ދަށްކޮށްފައިވ މުވައްޒަފަކާ ކުރިނު އަދާކުރަމުން ދިޔަ ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށް ހުރަސްއަޅާފަދަ ސަބަބެއް ނެތްނަމަ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރު ކުރަންޖެހޭނީ އެމުވައްޒަފަކު ކުރިން އަދާކުރަމުންދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށްކަމުގައި ބުރަވެވޭތީއާއި، ހުށަހެޅިފައިވާ މައްސަލަ ނިމިގެންދާ ގޮތަކުން އެފަދަ އަމުރެއް ކުރަންޖެހޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، މައްސަލަ ހުށަހެޅި އިބްރާހީމް އިރުފާން ރަޝީދުގެ މަޤާމު ދަށްކުރެވުނުއިރު އަދާކުރަމުންދިޔަ ވަޒީފާއަށް ދާއިމީކޮށް އެހެން މުވައްޒަފަކު ޢައްޔަންކުރެވިފައި ވުމަކީ އެފަދަ އަމުރެއް ތަންފީޛުވުމަށ އޮތް ހުރަހަކަށް ވެގެންދާނެތީ އެދިފައިވާ ވަގުތީ އަމުރު ނެރުމަކާއި ނުލައި އަޞްލު މައުޟޫޢީ ދަޢުވާ ކުރިއަށް ގެންގޮސްފިނަމަ އިބްރާހީމް އިރުފާން ރަޝީދަށް ޢިއާދަނުކުރެވޭނެ ގެއްލުމެއް ލިބުމުގެ ފުރުޞަތު އޮތްކަމުގައި ބުރަވެވޭތީއާއި އިބްރާހީމް އިރުފާން ރަޝީދަކީ އެފަރާތުން އެދިފައިވާ ފަދަ ވަގުތީ އަމުރަކަށް އެދުމުގެ ޞިފަތު އަދި ޙައިޞިއްޔަތު ޤާނޫނީގޮތުން ލިބިގެންވާފަރާތެއް ކަމަށެވެ.
3.34 އިބްރާހީމް އިރުފާން ރަޝީދު އަދާކުރަމުން ދިޔަ މަޤާމަށް މުވައްޒަފަކު ނުނެގިއްޖެނަމަ، ފިއުލް ސަޕްލައިސް މޯލްޑިވްސްއަށް ގެއްލުންވާނެ ކަމަށާއި، ވަގުތީ އަމުރު ނެރުމުގެ ސަބަބުން ފިއުލް ސަޕްލައިސް މޯލްޑިވްސް ގެ ސޭލްސް އެންޑް މަރކެޓިންގގެ މަސައްކަތްކުރުމަށް ހުރަސް އެޅިގެންދާނެކަމަށާއ މުޅި ކުންފުނީގެ ހިންގުމަށް ވެސް އޭގެ ސަބަބުން އަސަރުކުރާނެ ކަމަށް ފިއުލް ސަޕްލައިސް މޯލްޑިވްސގް ފަރާތުން ބުނި ނަމަވެސް، އިބްރާހީމް އިރުފާން ރަޝީދު ކުރިން އަދާކުރަމުންދިޔަ މަޤާމަށް ދާއިމީ މުވައްޒަފަކު ޢަންޔަނ ނުކުރުމަށް އަމުރުކުރި ކަމުގައި ވީނަމަވެސް، އެމަޤާމަށް އެކަށީގެންވާކަމަށް ފިއުލް ސަޕްލައިސް މޯލްޑިވްސްއަށް ޤަބޫލުކުރެވޭ ވަގުތީ މުވައްޒަފަކު ޢައްޔަނުކުރުމުގެ ފުރުޞަތު ފިއުލް ސަޕްލައިސް މޯލްޑިވްސްއަށް އޮންނާނެތީ، އެގޮތުގެ މަތިން މި މައްސަލައިގައި ހިމެނޭ ދެފަރާތުގެ މަސްޙަލަތަށްވެސ ރިޢާޔަތް ކުރެވިގެންދާނެކަމަށް ބުރަވެވޭކަމަށެވެ.
35ވުމާއެކު، މި މައްސަލައިގައި އެދިފައިވާ ވަގުތީ އަމުރު ނެރެދިނުމުގައި ގެއްލުން ވަޒަންކޮށްފައިވަނީ މައްސަލައިގެ ހިމެނޭ ދެފަރާތި ށ ލިބަ ގެއްލުން އަޅައި ކިޔައި، ދެފަރާތުގެ މަސްލަޙަތަށް ރިޢާޔަތްކުރެވިގެންކަން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމުން އެނގެއެވެ.
36ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ފަރާތުން ބުނަނީ، އެދިފައިވާ ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވި ނަމަވެސް، އިބްރާހީމް އިރުފާން ރަޝީދަށް ކުރިމަތިވާނެ ޢިއާދަނުކުރެވޭ ގެއްލުމެއް ނެތްކަމަށެވެ. އިބްރާހީމް އިރުފާން ރަޝީދުގެ ވަޒީފާ ދަށްކޮށްފައިވަނ ޤާނޫނީ ގަވާއިދާ ޚިލާފަށާ ކަމަށް ކަނޑައެޅޭ ޙާލަތުގައި ކުރިން އަދާކުރަމުންދިޔަ ވަޒީފާ ދިނުމަކަށް އަމުރެއް ކުރުމަށް ލާޒިމެއް ނޫން ކަމަށާއި ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންވެގެންވާ ކޮންމެ ފަރުވާއެއްވެސް ދެވިދާނެ ކަމަށެވެ.
37HN4ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރު 2024/HC-A/15 އާމިނަތު ނަޝްވާ ޙަމީދު ވ. ފަހިދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާގައ "ޢާންމު އުޞޫ ލުން އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރެވިގެން ހުށަހެޅޭ މައްސަލަތަކުގައި ވަޒީފާ އިޢާދަކުރުމުގެ ޙައްޤު ހިމާޔަތްކުރުމުގެ ގޮތުން ވަގުތީ އަމުރަކުން ނަގައިދެވޭ ފަރުވާތަކަކީ އެމުވައްޒަފަކު އަދާކުރަމުންދިޔަ މަޤާމަށް ދާއިމީ މުވައްޒަފަކު ނެގުން ހުއްޓުވުން ފަދަ ފިޔަވަޅުތަކެވެ. މިފަދަ ފަރުވާތަކަކީ ވަޒީފާއިން ވަކިކުރެވުނު މުވައްޒަފުގެ ވަޒީފާ އަދާކުރުމުގެ ޙައްޤު ހިމާޔާތްކުރުމާއެކު ވިޔަފާރިއެއް ނުވަތަ މުއައްސަސާއެއްގެ ހިންގުން ނުވަތަ މަސައްކަތަށް ބުރޫ ނާރާނެ ފަދައިން ދެފަރާތުގެ ޙައްޤު ވަޒަންކޮށް މީޒާން ހަމަކުރެވޭ ފަދައަކުން ދެވޭ ފަރު ވާތަކެވެ. " މިފަދައިންނެވެ. އަދި ވަޒީފާއިން ވަކިކުރުމުގެ މައްސަލަތަކުގައި ވަޒީފާއަށް ރުޖޫޢަކުރުމުގެ ގޮތުން އަސާސީ ފަރުވާ ލިބުމަށް ހުރަސް ނޭޅޭނެ ފަދައަކުން މަސްލަޙަތު ހިމާޔަތްކުރުމަކީ މުހިއްމު ކަމެއް ކަމަށާއި، ޚާއްސަކޮށް އެފަރުވާއަށް އެދި މައުޟޫއީ ދައުވާ ބިނާކުރާ ޙާލަތްތަކުގައި ވަޒީފާއަށް ރުޖޫޢަކުރުމުގެ ގޮތުން އަސާސީ ފަރުވާ ލިބުމަށް ހުރަސް ނޭޅޭނެ ފަދައަކުން މަސްލަޙަތު ހިމާޔަތްކުރުން މުހިއްމުކަމަށް ބުނެވުނު ޤަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ.
38ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރު 2024/HC-A/15 އާމިނަތު ނަޝްވާ ޙަމދީ ވ. ފަހިދިރިއުޅުން ކޯޕަރޭޝަން ލިމިޓޑެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އިސްވެ ބުނެވުނު އުޞޫލު މި މައްސަލައަށް ތަޠުބީޤުކުރާއިރު، މިމައްސަލައިގައި އިބްރާހީމް އިރުފާން ރަޝީދުއަދާކުރުމުން ދިޔަ މަޤާމު ދަށްކުރިއިރު އޭނާ ހުރި މަޤާމަށް ރުޖޫޢަކުރުމަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އޭނާހުށަހެޅިމައުޟޫޢީދަޢުވާ އެ މައްޗަށް ބިނާކޮށްފައިވާ އަސާސީ ފަރުވާއެވެ. އިބްރާހީމް އިރުފާން ރަޝީދުގެ ފަރާތުން އެދުނީ އެ މަޤާމަށް ދާއިމީ މުވައްޒަފަކު ނެގުމުގެ މަސައްކަތް ކުރަމުންދާތީ އެކަން ހުއްޓުވުމުގެ އަމުރަކަށެވެ. އެ އަމުރު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނެރެދީފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި މަޤާމު ދަށްކޮށްފައިވާ މުވައްޒަފަކު ކުރިން އަދާކުރަމުން ދިޔަ ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށް ހރަސު އަޅާފަދަ ސަބަބެއް ނެތްނަމަ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރު ކުރަންޖެހޭނީ އެ މުވައްޒަފަކު ކުރިން އަދާކުރަމުންދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށްކަމުގައި ބުރަވެވިގެންނާއި، މައްސަލަ ނިމިގެންދާ ގޮތަކުން އެފަދަ އަމުރެއް ކުރަންޖެހޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، އިބްރާހީމް އިރުފާން ރަޝީދުގެ މަޤާމު ދަށްކުރެވުނު އިރު އަދާކުރަމުންދިޔަ ވަޒީފާއަށް ދާއިމީކޮށް އެހެން މުވައްޒަފަކު ޢައްޔަންކުރެވިފައި ވުމަކީ އެފަދަ އަމުރެއް ތަންފީޛުވުމަށ އޮތް ހުރަހަކަށް ވެގެންދާނކަމަށް ދެކެއެވެ. އެމަޤާމަށް ވަގުތީ މުވައްޒަފެއް ނެގުމުގެ ފުރުޞަތު އޮތްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ފާހަގަކޮށްފައިވެއެވެ.
39އެހެންކަމުން އިބްރާހީމް އިރުފާން ރަޝީދު އެދުނު ވަގުތީ އަމުރު ނެރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 200/VTR/VA/2024/35 ނިންމުމުގައި ކަނޑައަޅާފައިވަނީ، ވަގުތީ އަމުރު ނރުމުގައެ ރިޢާޔަތް ކުރަންޖެހޭ ކަންކަމަށް ފުރިހަމައަށް ރިޢާޔަތްކުރެވިގެންކަން އެނގެއެވެ.
40އަދި، މިނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުން އެންމެ ފުރަތަމަ ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި އެދުނު އަމުރާއި ގުޅިގެން ނިންމި ނިންމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ގޮތެއް ކަނޑައަޅާފައިވެއެވެ. އެގޮތުން އެ ނިންމުމަށް ބަލާއިރު އަމުރަށް އެދުނު ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް އޮތުމުގެ އިޙތިމާލް ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމވެގެންވު ކަމަށާއި، އެދިފައިވާ ވަގުތީ އަމުރު ނެރުމަކާ ނުލައި އަޞްލު މައުޟޫޢީ ދަޢުވާ ކުރިއަށް ގެންގޮސްފިނަމަ އިޢާދަނުކުރެވޭނެ ގެއްލުމެއް ލިބުމުގެ ފުރުޞަތު އޮތްކަމަށް ބުރަވެވޭކަމަށާއި އެދިފައިވާ ވަގުތީ އަމުރަށް އެދުމުގެ ޞިފަތު އަދި ޙައިޞިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާ ކަމަށް ކަނޑައަޅާފައިވާއިރު، އެ ޝަރުޠުތައް ފުރިހަމަ ވާކަމަށް ކަނޑައެޅުމުގައި ފާހަގަކޮށްފައިވަނީ މި އިސްތިއުނާފުކުރެވޭ އަމުރގައު ވެސް ފާހަގަކޮށްފައިވާ ސަބަބުތައްކަނ ވެސް ފާހަގަކުރަމެވެ. އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅޭ:
41އިސްތިއުނާފުކުރާ ފަރާތުގެ ނުކުތާއަކީ، މި ވަގުތީ އަމުރާ މެދުގައި ނިންމާފައިވާ ނިންމުމަކީ އެއް ކަމެއްގައި ދެ ފަހަރު ދެ ގޮތަށް ނިންމައިފައިވާ ނިންމުމެއް ކަމަށާއި މިއީ، ރެސް ޖުޑިކާޓާ )judicata (res ގެ އުޞޫލާ ޚިލާފު ކަމެއް ކަމަށެވެ.
42HN5ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/25 ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. އިންލަންޑް ރެވެނިއު އޮތޯރީޓީ ޤަޟިއްޔާގައިރެސް ޖުޑިކާޓާގެ މައިގަނޑު މާނަ ކަމަށްބަޔާންކުރަނީ؛ "...އިޚްތިޞާޞް ލިބިފައިވާ ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ވަކި ފަރާތްތަކެއް ހިމެނޭ ވަކި ކަމެއް (ނުވަތަ ކަންތަކެއް) ގެ މައްޗަށް ނިޔާއެއް ކަނޑައަޅައިފިނަމަ، އެ ނިންމުމަކީ، އިސްތިއުނާފު މަރުޙަލާގެ ތެރެއިން އެކަމާމެދު ދަޢުވާކުރުމުގެ ބޭރުން، އެ ފަރާތްތަކުން އެ ނިޔާ ކަނޑައެޅި ކަމަކާ (ނުވަތަ ކަންތައްތަކާއި) ގުޅިގެން، އެ ފަރާތްތަކުގެ މެދުގައި އަލުން ދަޢުވާ ކުރެވޭނެ ކަމެއް ނޫން...." ކަމަށެވެ. އެހެންގޮތަށް ބުނާނަމަ އެއީ، ރެސް ޖުޑިކާޓާއާ ކ އެއީ ކަމަކަށް އެއް ބަޔަކު ދެވަނަ ފަހަރަށް ދަޢުވާކުރުން މަނާކުރާ މަބްދައުއެވެ.
43ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 124/VTR/2024 މައްސަލައިގެ ތެރެއިން އިބްރާހީމް އިރުފާން ރަޝީދު ގެ ފަރާތުން ދެ ފަހަރެއްގެ މަތިން ވަގުތީ އަމުރަކަށް އެދިފައިވެއެވެ. އެންމެ ފުރަތަމައަށް އެދުނަ ވަގުތީ އަމުރުގައި އެފަރާތުން އެދިފައިވަނީ އަންނަނިވި ފަދައިންނެވެ. " މިމައްސަލައިގައި ވަކިގޮތަކަށް ކަނޑައަޅަންދެން ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ގޮތެއް ކަނޑައަޅަންދެން މައްސަލަ ރައްދުވާ ފަރާތުގެ ސޭލްސް އެންޑް މާރކެޓިންގ ޑިޕާރޓްމަންޓުގެ މެނޭޖަރގެ މަޤާމަށް އެހެން ފަރާތެއް ނުނެގުމަށް ނުވަތަ އައްޔަން ނުކުރުމަށާއި، މައްސަލަ ހުށަހެޅި ފަރާތަށް އެ މަޤާމް ގެއްލިގެން ހިނގައިދާނެ ފަދަ އެއްވެސް 07 އޮގަސްޓް 2024 ތާރީޚުގައި ވަޒީފާޢާ ޓްރައިބިއުނަލަށް ހުށަހެޅި "މައްސަލަ ހުށަހަޅަ ފޯމު" ގެ "ވަގުތީ އަމުރު އޮންނަންވީގޮތް" ނިންމުމެއް މައްސަލަ ރައްދުވާ ފަރާތުން ނުކުރުމަށް މައްސަލަ ރައްދުވާ ފަރާތުގެ މައްޗަށް އަމުރުކޮށް ދެއްވުން."
44ބުނެވިދިޔަ ވަގުތީ އަމުރާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމީ، އެ ވަގުތީ އަމުރު ނެރެދީފކަމުގައިވާނަމަ، އޭގެ ސަބަބުން ފިއުލް ސަޕްލައިސް މޯލްޑިވްސް އަށް ލިބިދާނެ ގެއްލުމަށް ރިޢާޔަތްކޮށް، ވަގުތީ އަމުރު ނެރެދެވެން ނެތެ ކަމަށެވެ.
45އަމުރު ނެރެދެވންނެތ ކަމަށް އެ ނިންމުމުގައި ކަނޑައެޅީ، އަމުރަށް އެދުނު ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވެގެންވާ ކަމަށާއި، އެދިފައިވާ ވަގުތީ އަމުރު ނެރުމަކާ ނުލައި އަޞްލު މައުޟޫޢީ ދަޢުވާ ކުރިއަށް ގެންގޮސްފިނަމަ އިޢާދަނުކުރެވޭނެ ގެއްލުމެއް ލިބުމުގެ ފުރުޞަތު އޮތްކަމަށް ބުރަވެވޭކަމަށާއި އެދިފައިވާ ވަގުތީ އަމުރަށް އެދުމުގެ ޞިފަތު އަދި ޙައިޞިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާ ކަމަށް ބުރަވެވުނު ނަމަވެސް، އިބްރާހީމް އިރުފާން ރަޝީދުގެ ފަރާތުން އެދިފައިވަނީ ސޭލްސް އެންޑް މާކެޓިން ޑިޕާރޓްމަންޓުގެ މެނޭޖަރގެ މަޤާމަށް އެހެން ފަރާތެއް ނުނެގުމަށް ކަމަށްވުމުން އެ މަޤާމަށް އެއްވެސް މުވައްޒަފަކު ހޮވުމަކާ ނުލައި ބެހެއްޓުމަކީ، އޭގެ ސަބަބުން ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސޭލްސް އެންޑް މަރކެޓިންގ މަސައްކަތް ކުރުމަށް ހުރަސްއެޅި، ކުންފުނީގެ ހިންގުމަށް އޭގެ ސަބަބުނަ އަސަރުކުރާނެ ކަމެއްކަމަށާއި، ފިއުލް ސަޕްލައިސް މޯލްޑިވްސްއަށް ގެއްލުން ވާނެކަމެއ ކަމުގައް އެފަރާތުން ބުނާތީއާއި، ވަގުތީ އަމުރު ނެރެދިނުމުގައި ދެ ފަރާތުގެ މަސްލަޙަތަށް ވެސް ރިޢާޔަތްކުރަންޖެހޭނެ ކަމުގައި ބުރަވޭތީއާއި، ދެފަރާތުގެ މަސްލަޙަތު ވަޒަންކުރާއިރު، އިބްރާހީމް އިރުފާން ރަޝީދު ގެ ފަރާތުން އެދިފއިވަ ފަދަ ވަގުތީ އަމުރެއް ނެރެދީފިކަމުގައަވާނަމަ، ދެފަރާތަށް ލިބޭނެ ގެއްލުމަށްވުރެ ފިއުލް ސަޕްލައިސް މޯލްޑިވްސްއަށް ލިބޭނެ ގެއްލުން ބޮޑުކަމަށް ބުރަވެއެވެ.
46ދެވަނަ ފަހަރަށް އިސްތިއުނާފު ރައްދުވާ ފަރާތުން ވަގުތީ އަމުރަކަށް އެދުނީފިއުލ ސަޕްލައިސް މޯލްޑިވްސް ގެ ސޭލްސް އެންޑް މާރކެޓިންގ ޑިޕާރޓްމަންޓުގ މެނޭޖަރގެ މަޤާމަށް ދާއިމީ މުވައްޒަފަކު ނެގުމަށް އިއުލާން ކުރުމާ ގުޅިގެންނެވެ. އެ ވަގުތީ އަމުރުގައި އެދިފައިވަނީ އަންނަނިވި ފަދައިންނެވެ. " މި މައްސަލައިގައި ވަކިގޮތަކަށް ކަނޑައަޅަންދެން ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ގޮތެއް ކަނޑައަޅަންދެން މައްސަލަ ރައްދުވާ ފަރާތުގެ ސޭލްސް އެންޑް މާރކެޓިންގ ޑިޕާރޓްމަންޓުގެ މެނޭޖަރގެ މަޤާމަށް ދާއިމީ މުވައްޒަފަކު އައްޔަނު ކުރުމުގެ މަސައްކަތް މައްސަލަ ރައްދުވާ ފަރާތުން ކުރަމުން ގެންދާނަމަ، އެކަން ހުއްޓުވައި ދެއްވުމަށާއި އަދި މައްސަލަ ހުށަހެޅި ފަރާތަށް އެ މަޤާމް ގެއްލިގެން ހިނގައިދާނެ ފަދަ އެއްވެސް ނިންމުމެއް މައްސަލަ ރައްދުވާ ފަރާތުން ނުކުރުމަށް މައްސަލަ ރައްދުވާ ފަރާތުގެ މައްޗަށް އަމުރުކޮށް ދެއްވުން."
47HN6އިބްރާހީމް އިރުފާން ރަޝީދުގެ ފަރާތުނު ހުށަހެޅި ފުރަތަމަ އަމުރު ނެރެދީފައި ނުވަނީ އެ ހުށަހެޅުމުގައި އެދިފައިވަނީ އެ މަޤާމަށް އެހެން ފަރާތެއް ނުނެގުމަށް ކަމަށްވާތީ، އެއްވެސް މުވައްޒަފެއް ނުނަގައި ބެހެއްޓުމުން ކުންފުންޏަށް ލިބޭނެ ގެއްލުން މާބޮޑު ކަމަށް ބުރަވެއެވެ. ދެވަނަ ފަހަރަށް ވަގުތީ އަމުރަށް އެދި ހުށަހެޅި ހުށަހެޅުމުގައި އެދިފައިވަނީ އެ މަޤާމަށް ދާއިމީމުވައްޒަކ ނެގުނު ހުއްޓުވުމަށެވެ. އެ މަޤާމަށް ދާއިމީމުވައްޒަފަކ ނެގުނު ހުއްޓާލުމަށް އަމުރް ކޮށްފައިވަނީ އެ މަޤާމަށް ދާއިމީ މުވައްޒަފަކު ނުނެގި ނަމަވެސް ވަގުތީ މުވައްޒަފަކު އައްޔަނުކުރުމުގެ ފުރުޞަތު އޮންނެތީވެއެވެ.
48ދެ ހުށަހެޅުމުގައި އެދިފައިވަނީ އެއް ފަރުވާއަކަށް ނޫނެވެ. އަދި އެ ދެ ހުށަހެޅުމާ ގުޅިގެންވެސް ނިންމު ނިންމމަށު ބަލާއިރު، އެއްކަމެއްގައި ދެގޮތަކަށް ނިންމުމެއް ނިންމާފައވި ކަމަށާ މާނަކުރެވިދާނެ ކަމަށް އަހުރެންނަށް ނުފެނެއެވެ. މައްސަލަ ނިންމަން ފެންނަގޮތް: އިބްރާހީމް އިރުފާން ރަޝީދުގެ ފަރާތުން 17 ސެޕްޓެންބަރު 2024 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ވަގުތީ އަމުރަށް އެދޭ ފޯމުގެ "ނެރެދިނުމަށް އެދް ވަގުތީ އަމުރު އޮންނަންވީ ގޮތް"
49އެހެންކަމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 124/VTR/2024މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ނަންބަރު 200/VTR/VA/2024/35 ނިންމުމުގައި ނެރެދީފައިވ ވަގުތާ އަމުރު އިސްތިއުނާފުކުރުމަށް އެދި، ފިއުލް ސަޕްލައިސް މޯލްޑިވްސް ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅަން ފެނެއެވެ.
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު
50މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔަށް ތާއިދުކުރަމެވެ.
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު
51މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔަށް ތާއިދުކުރަމެވެ. އިސްތިއުނާފު ކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން:
52މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަޞްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެން ނަމަވެސް، ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ ރިޕޯޓަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު ) ގެ 284 ވަނަ މާއްދާގެ (ހ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ
- 2012/SC-A/21 (ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން)
- 2021/SC-A/43 (ރިޖްވުޑް ހޮޓެލްސް އެންޑް ސުއިޓްސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ސަދީފު)
- 2022/HC-A/116
- 2023/HC-A/18 (ޙަސަން ޚަލީލް ވ. ސިވިލް ސަރވިސް ކޮމިޝަން)
- 2021/SC-A/101
- 2024/SC-A/15
- 2024/HC-A/15 (އާމިނަތު ނަޝްވާ ޙަމީދު ވ. ފަހިދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް)
- 2016/SC-A/25 (ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. އިންލަންޑް ރެވެނިއު އޮތޯރިޓީ)
- 2020/SC-A/101
- 2015/HC-A/71
- 2016/HC-A/11
- 2019/HC-A/15-S
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.