އާމިނަތު ނަޝްވާ ޙަމީދު ވ. ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ވަޒީފާއާބެހޭ ޓްރައިބިއުނަލް 200-VTR/VA/2024/1
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ވަޒީފާއިން ވަކިކުރުމުގެ މައްސަލައެއްގައި، ކުންފުނީގެ އޮނިގަނޑަށް ބަދަލުނުގެނައުމަށާއި މުވައްޒަފުގެ މަޤާމުގެ މަސްއޫލިއްޔަތު އެހެން މަޤާމަކަށް ނުދިނުމަށް އެދުނު ވަގުތީ އަމުރު ނުނެރުމަށް ޓްރައިބިއުނަލުން ނިންމިއިރު، ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓާއި ގެއްލުން ވަޒަންކުރި ގޮތް ޤާނޫނީ އުޞޫލުތަކާ ޚިލާފުތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ވަގުތީ އަމުރު ނުނެރުމަށް ޓްރައިބިއުނަލުން ނިންމި ނިންމުން ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 އިސްތިއުނާފު ބާޠިލުކުރުމަށް އެދޭ އިޖުރާއީ އިޢުތިރާޟެއްގައި ބަލަންޖެހޭ މިންގަނޑަކީ ޕްރައިމާ ފޭސީ މިންގަނޑެވެ؛ އިސްތިއުނާފުގައި ޤާނޫނީ ބަހުޘެއް ހިމެނި ޝަރީޢަތުން އިތުރަށް ބަލައިގެން މެނުވީ ގޮތެއް ނުނިންމޭނެ ޙާލަތެއް ވުޖޫދުގައި އޮތުމުގެ އިޙްތިމާލު އޮތްނަމަ އެ އިސްތިއުނާފު ކުރިއަށް ގެންދެވޭނެއެވެ؛ އިސްތިއުނާފީ ނުކުތާ ބައްޓަންކުރެވިފައިވާ ގޮތުން އޮޅުން އެރި ނަމަވެސް، ނުކުތާތަކުގެ ތަފްޞީލާއި ޝަރީޢަތުގައި ދެކެވުނު ވާހަކައިން ޤާނޫނީ ބަހުޘް ސާފުނަމަ އިސްތިއުނާފު ބަލަންވާނެއެވެ.
HN2 ވަގުތީ އަމުރުގެ މަޤްޞަދަކީ މައްސަލައިގެ މައުޟޫޢުގައި ނިންމާ ނިންމުމަށް އެހީވުމުގެ ގޮތުން ދެފަރާތުގެ ޙައްޤުތަކަށް ރިޢާޔަތްކޮށް އެހިނދަކަށް ވަގުތީ ޙައްލެއް ދިނުމެވެ (ސުޕްރީމް ކޯޓުގެ 2024/SC-A/15 އައްޔޫބު ޢަލީ ވ. އިބްރާހީމް ވަޙީދު)؛ ވަގުތީ އަމުރު ނެރުމުގައި ރިޢާޔަތްކުރަންވީ މިންގަނޑު ސުޕްރީމް ކޯޓުގެ ނެކްސްބިޒް (2012/SC-A/21) އާއި އެސް.ޕީ.އެޗް ވ. ޖުމެއިރާ (2020/SC-A/101) ޤަޟިއްޔާތަކުގައި ބަޔާންކޮށްފައިވެއެވެ.
HN3 ވަގުތީ އަމުރުގެ ދަށުން އަޅާ ފިޔަވަޅުތަކަކީ މައުޟޫޢީ ޙައްޤަށް ނިހާއީ ޤަޟާއީ ޙިމާޔަތް ލިބުމުގެ ކުރިން ފޫނުބެއްދޭ ގެއްލުން ވިޔަނުދިނުމަށް ނުވަތަ ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކެވެ؛ ތަދާރުކު ނުކުރެވޭ ގެއްލުމަކީ ފޫނުބެއްދޭ ނުވަތަ އިޞްލާޙުކޮށް ރަނގަޅު ނުކުރެވޭނެ ގެއްލުމެވެ (ސުޕްރީމް ކޯޓުގެ 2021/SC-A/43 ރިޖްވުޑް ހޮޓެލްސް ވ. މުޙައްމަދު ޞަދީފް).
HN4 ވަގުތީ އަމުރާމެދު ގޮތެއް ކަނޑައެޅުމުގައި ޚަޞްމުންގެ މެދުގައި ހަމަހަމަ ބާރެއް ނެތްނަމަ، ބާރުވެރި ފަރާތުން ނާޖާއިޒު ފައިދާ ނެގުމުގެ ފުރުޞަތު ފަހިވެދާނެކަމަށް ރިޢާޔަތްކުރަން ޖެހެއެވެ (ހައިކޯޓުގެ 2023/HC-A/18 ޙަސަން ޚަލީލް ވ. ސިވިލް ސަރވިސް ކޮމިޝަން).
HN5 އޮނިގަނޑު ބަދަލުކުރުމަށް ކުރިން ފުރިހަމަވާންޖެހޭ އިޖުރާއަތު (މިސާލު: ޕީސީބީގެ ހުއްދަ) ފުރިހަމަވިކަން ހުށަހެޅުނު ލިޔެކިޔުމުން ނޭނގޭއިރު، މަޤާމު އުވި އޮނިގަނޑު ބަދަލުވެފައިވާތީ ވަޒީފާ އިޢާދަކުރުމުގެ ފަރުވާ ނުލިބިދާނެ ފަދަ މޭރުމަކުން ޓްރައިބިއުނަލުން ފާހަގަކުރުމަކީ ވާޤިޢާތައް ފުރިހަމައަށް ކަށަވަރުކުރުމުގެ ކުރިން ނިންމި ކަމެކެވެ.
HN6 ވަގުތީ އަމުރެއް ނެރުމުގައި ގެއްލުން ވަޒަންކުރުމުގައި ބަލަނީ އެދިފައިވާ އަމުރު ނެރުމާއި ނުނެރުމުން ދެފަރާތަށް ލިބޭ ގެއްލުމަށެވެ؛ ވަގުތީ އަމުރުން ދެވޭ ފަރުވާއަކީ ޙިމާޔަތްކުރަންޖެހޭ މައުޟޫޢީ ޙައްޤުތައް ރައްކާތެރިކުރުމަށް ބޭނުންވާ މިންވަރަށްވުރެ ފުޅާކޮށް ނެރޭ އަމުރަކަށް ނުވާންވާނެއެވެ.
HN7 ވަޒީފާއިން ވަކިކުރުމުގެ މައްސަލަތަކުގައި، ޚާއްޞަކޮށް ވަޒީފާއަށް ރުޖޫޢަކުރުމަށް އެދި ދަޢުވާ ބިނާކުރާއިރު، އެ އަސާސީ ފަރުވާ ލިބުމަށް ހުރަސް ނޭޅޭ ގޮތަށް މަޞްލަޙަތު ޙިމާޔަތްކުރުމަކީ މުހިއްމު ކަމެކެވެ؛ ޢާންމު އުޞޫލުން އެ ޙައްޤު ޙިމާޔަތްކުރުމަށް ވަގުތީ އަމުރަކުން ދެވޭ ފަރުވާތަކަކީ، އެ މަޤާމަށް ދާއިމީ މުވައްޒަފަކު ނެގުން ހުއްޓުވުން ފަދަ، ވިޔަފާރީގެ ހިންގުމަށް ބުރޫ ނާރާ ގޮތަށް ދެފަރާތުގެ ޙައްޤު މީޒާންކުރާ ފަރުވާތަކެވެ.
HN8 ކުންފުނީގެ އޮނިގަނޑަށް ބަދަލު ގެނައުން ހުއްޓުވުމާއި، ހިންގުމުގެ އިސް މަޤާމެއްގެ (ޗީފް އޮފް އޮޕަރޭޝަންސް) މަސްއޫލިއްޔަތު އެހެން ފަރާތަކަށް ޙަވާލުނުކުރުމަށް އަމުރުކުރުމަކީ ހިނގަމުންދާ ކުންފުންޏެއްގެ ހިންގުމަށް ހުރަސްއެޅޭ ފަރުވާތަކަކަށްވާތީ، އެފަދަ އަމުރެއް ނެރެފިނަމަ ބޮޑަށް ގެއްލުންވާނީ ކުންފުންޏަށެވެ.
HN9 ހައިކޯޓުން މައްސަލަތައް ބަލަނީ ދަށު ކޯޓަށް ހުށަހެޅުނު ކަންތައްތައް އަސާސްކޮށްގެންނެވެ؛ ދަށު ކޯޓުގައި ފާހަގަނުކުރާ ކަންތައްތަކަށް (މިސާލު: ދަށު ކޯޓުގައި ނޭދޭ ފަރުވާއެއް) އިސްތިސްނާއީ ޙާލަތެއްގައި މެނުވީ އިސްތިއުނާފީ ކޯޓަކުން ރިޢާޔަތްކޮށް ގޮތެއް ނުނިންމޭނެއެވެ (ކޯޓުތަކުގެ ޤާނޫނު 22/2010؛ ސުޕްރީމް ކޯޓުގެ 2016/SC-A/18).
HN10 އިޚްތިޔާރީ ބާރެއްގެ ތެރެއިން ނިންމާފައިވާ ވަގުތީ އަމުރުގެ ނިންމުމެއް ސަބަބުވެރި އިންސާނެއްގެ މިންގަނޑުން ގޯސް ނިންމުމެއް ނޫންނަމަ، އިސްތިސްނާއީ ޙާލަތެއް ނެތި އިސްތިއުނާފީ ކޯޓު އެ ނިންމުމުގެ ތެރެއަށް ނުވަދެއެވެ (ސުޕްރީމް ކޯޓުގެ 2022/SC-A/51).
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- އެސް.އެޗް.ސީ ލޯޔަރސް، އެލް.އެލް.ޕީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޖީސް އެލް.އެލް.ޕެ
- ބެންޗު
- ފާޠިމަތު ފަރްހީޒާ، ޙަސަން ޝަފީޢު، ދީބާނާޒް ފަހުމީ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ތަޢާރުފު
3މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު VTR/VA/2024/1-200 "ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ގޮތް" ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމަށް ބުނެ މާލެ، […] އާމިނަތު ނަޝްވާ ޙަމީދު (މީގެ ފަހުން "އާމިނަތު ނަޝްވާ ޙަމީދު" ނުވަތަ "އިސްތިއުނާފ ކުރު ފަރާތް" ) ގެ ފަރާތުން އެ ނިންމުން އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ.
3. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާ ތަކީ، ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (މީގެ ފަހުން "އެފް.ޑީ.ސީ" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް") އެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލަ
2އެފް.ޑީ.ސީގެ ޗީފް އޮފް އޮޕަރޭޝަންސްގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، 33 ޑިސެމްބަރު 3232 ގައި އެ މަޤާމުން އާމިނަތު ނަޝްވާ ޙަމީދު ކުއްލި ގޮތަކަށް ވަކިކޮށްފައިވަނީ، ކުންފުނީގެ އުސޫލުތަކާއި ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައިދިނމަށު އެދް އެފް.ޑީ.ސީ އަށް ރައްދުވާ ގޮތަށް އާމިނަތު ނަޝްވާ ޙަމީދުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް 33 ޑިސެންބަރު 3232 ދުވަހު މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ބަލަމުންދަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 192/VTR/2023 މައްސަލައިންނެވެ. . ދރއ. ރަޖިސްޓްރީ ނަންބަރު: . ދަށުކޯޓަށް ހުށަހެޅުނު މައްސަލަ ހުށަހަޅާ ފޯމު
1. އެ މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ގޮތެއް ކަނޑައެޅުމުގެ ކުރިން އެފް.ޑީ.ސީގެ އޮނިގަނޑަށް ބަދަލު ނުގެނައުމަށާއި، ޗީފް އޮފް އޮޕަރޭޝަންސްގެ މަޤާމު އުވާލައި، އެމަޤާމުގެ ބަދަލުގައި އެމަޤާމުގެ މަސްޢޫލިއްޔަތުތައ އަދާކުރުމަށް ޑެޕިއުޓީ ޑިރެކްޓަރ، ނުވަތަ އެނޫންވެސް ނަމެއް ގައި މަޤާމެއް އުފައްދައި، އެ މަޤާމަށް މީހުން އައްޔަން ނުކުރުމަށް އެފް.ޑީ.ސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި އާމިނަތު ނަޝްވާ ޙަމީދގު ފަރާތުން އެދިފައިވެއެވެ. އެގޮތުން އިސްތިއުނފުގައާ ބެލިފައި މިވަނީ އެ މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނަންބަރު VTR/VA/2024/1-200 "ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ގޮތް" މި ނިންމުމެވެ.
5އެ ނިންމުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ އަންނަނިވި ފަދައިންނެވެ. "މ މައްސަލައިގައި ވަގުތީ އަމުރު ނެރުމުން ޙިމާޔަތްކުރެވޭ މަޞްލަޙަތަށްވުރެ ވަގުތީ އަމުރު ނުނެރުމުން ރައްކާކުރެވި ޙިމާޔަތްކުރެވޭ މަޞްލަޙަތު ބޮޑުކަމަށް އިސްތިންޖާތު ކުރެވޭތީއާއި، ވަގުތީ އަމުރު ނެރެދީފިނަމަ މި މައްސަލައިގައި މައްސަލަ ރައްދުވި ފަރާތަށް ކުރިމަތިވާނެ ގެއްލުން ބޮޑުކަމަށް ބުރަވެވޭތީއާއި، މި މައްސަލައިގެ މަޢުޟއޫގެ ތެރެއިން އާމިނަތު ނަޝްވާ ޙަމީދު އެދިފައިވާ ފަދައިން އާމިނަތު ނަޝްވާ ޙަމީދު ވަޒީފާއިން ވަކިކޮށްފައިވަނީ، ރަނގަޅަށް ނޫންކަމަށް ނިންމާ ޙާލަތެއްގައި، އެފަރާތަށް ޙައްޤުވާނޭ މުސާރައާއި ޢިނާޔަތްތައް ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ނަގައިދިނުމަށް ކަނޑައެޅިދާނެތީ، އާމިނަތު ނަޝްވާ ޙަމީދުގެ ފަރާތުން ބަޔާންކޮށްފައިވާ ގެއްލުމަކީ އިޢާދަނުކުރެވޭނެ ގެއްލުމެއްކަމުގައި ބުރަވެވެން ނެތް ސަބަބަށްޓަކައި، އާމިނަތު ނަޝްވާ ޙަމީދުގެ ފަރާތުން އެދިފައިވާފަދަ ވަގުތީ އަމުރެއް މިމައްސަލައިގައި ނެރެދެވެން ނ ތކަމަށް ކަނޑައަޅައިފީމެވް ".
6އާމިނަތު ނަޝްވާ ޙަމީދު ގެ ފަރާތުން ނެރެދިނުމަށް އެދުނު ވަގުތީ އަމުރު ނުނެރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި މައިގަނޑު ސަބަބުތައްކަމުގައި އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
6.3.ކުންފުނިތަކުގެ އިދާރީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ ބާރު ކުންފުނިތަކަށް އޮންނަންޖެހޭކަމަށް ދެކޭ ހިނދު، ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން ނެރެވޭ ވަގުތީ އަމުރަކުން ކުންފުންޏަށް މިބާރު ގެއްލޭގޮތަށް ވަގުތީ އަމުރެއް ނެރެފިނަމަ އަމުރަށް އެދޭ މުވައްޒަފަށް ލިބޭ ގެއްލުމަށްވުރެ، ކުންފުންޏަށް ލިބޭ ގެއްލުން ބޮޑުވާނެކަމަށް ބުރަވެވުން؛
6.3.ކުންފުނީގެ އިދާރީ އޮނިގަނޑު ބަދަލުކުރުމަށް 33 ޑިސެންބަރު 3232 ދުވަހު ފާސްކޮށްފައިވާކަން ކުންފުނީގެ ޤަރާރުން އެނގެން އޮތުމުންނާއި، މިއޮނިގަނޑުގައެ އާމިނަތު ނަޝްވާ ޙަމީދުގެ މަޤާމު ނެތްކަން އެނގެން އޮތުމުން، އާމިނަތު ނަޝްވާ ޙަމީދުގެ ފަރާތުން އަމުރަށް އެދުނު އިރުވެސު ކުންފުނީގެ އޮނިގަނޑަށް ބަދަލު ގެނެސް، އެމަޤާމް އުވާލައި، 3 (ދޭއް) ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންގެ މަޤާމް އޮނިގަނޑަށް އިތުރުކޮށްފައިވާތީ، އާމިނަތު ނަޝްވާ ޙަމީދު އެދުނު ފަދަ އަމުރެއް ނެރޭނެ ޙާލަތެއް އޮތްކަމަށް ނުފެނުން؛ އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތތަކާއާ ތަފްސީލު:
3ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު VTR/VA/2024/1-200 ނިންމުން ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އާމިނަތު ނަޝްވާ ޙަމީދގު ފަރާތުން އިސްތިއުނާފކުރުމަށު އެދި އަންނަނިވި ނުކުތތައާ ފާހަގަކޮށް އެ ނުކުތާތަކމެދާ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
3.3. ފުރަތަމަ ނުކުތާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ވަގުތީ އަމުރުގެ ނިންމެވުމުގައި، ވަގުތީ އަމުރު ނެރުމަކާނުލައި މި މައްސަލަ ކުރިއަށް ގެންދާނަމަ އާމިނަތު ނަޝްވާ ޙަމީދުއަށް ލިބުމުގެ އިޙްތިމާލު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު VTR/VA/2024/1-200 ނިންމުމުގެ ޞަފްޙާ 2 ޗީފް އޮފް އޮޕަރޭޝަންސްގެ މަޤާމް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު VTR/VA/2024/1-200 ނިންމުމުގެ ޞަފްޙާ 1 އޮތްކަމަށް އެފަރާތުން ބަޔާންކޮށްފައިވް ގެއްލުމަކާ އިޢާދަނުކުރެވޭ ގެއްލުމެއްކަމުގައި ބ ރަވެވެނު ނެތްކަމަށް ކަނޑައަޅުއްވާފައިވަނީ ދިވެހިރާއްޖޭގ ސުޕްރީމް ކޯޓުގް ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ވަގުތީ އަމުރެއް ނެރެދިނުމުގައި އިޢާދަނުކުރެވޭ ގެއްލުންވާނެކަމަށް ބެލެވޭ ޙާލަތުގައި ވަގުތީ އަމުރެއް ނެރެދއްވަނެ ވާނެކަމަށް ކަނޑައަޅާފައިވާ އުސޫލާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 312 ވަނަ މާއްދާގެ (ށ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
3.3.3. މިނުކުތާގެ ތަފްސީލުގައ އާމިނަތު ނަޝްވާ ޙަމީދުގެ ފަރާތުނު ފާހަގަކޮށްފައިވަނީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 312 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ، އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ދަޢުވާ ހުށަހެޅުމުގެ ކުރިން ކޯޓުން ވަގުތީ ފަރުވާގެ އަމުރެއް ނެރެދޭންވާނީ، ހުށަހެޅިފައިވާ މައްސަލައަކީ އަވަހަށް ފިޔަވަޅު އަޅަންޖެހޭ ބާވަތުގެ މައްސަލައެއް ނުވަތަ އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރުމަކީ އިންސާފު ޤާއިމްކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭކަމެއް ކަމުގައި ވާނަމަކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ވަގުތީ އަމުރެއް ނެރެދެވޭނެ 2 ޝަރު ތެއް ބަޔާންކޮށްފައިވާކަމަށެވެ. އޭގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރިޖްވުޑް ހޮޓެލްސް އެންޑް ސުއިޓްސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޞަދީފް ޤަޟިއްޔާގައި ވަގުތީ އަމުރު ނެރުމަކާ ނުލައި އަޞްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުމުގެ 2012/SC-A/21 އބޙ އެއީ؛ 3- ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމްވެގެންވުން، 3-ވަގުތީ އަމުރު ނެރުމަކާނުލައި އަޞްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން، 2-ވަގުތީ އަމުރަކަށް އެދޭ ފަރާތަކީ އަމުރަކަށް އެދުމުގެ "ސިފަތު " ނުވަތަ ޙައިޘިއްޔަތު ލިބިގެންވާ ފަރާތެއްކަމުގައިވުން؛ މިއެވެ. ނަންބަރު 2021/SC-A/43 Risk of imminet and irreparable damage މަފްހޫމަކީ، މައުޟޫޢީ ދަޢުވާ އާދައިގެ އިޖުރާއަތުގެ ދަށުން ފުރިހަމަކޮށްފިނަމަ ފޫނުބެއްދޭ ވަރުގެ ގެއްލުން ނުވަތަ އިޞްލާޙްކޮށް ރަނގަޅު ނުކުރެވޭފަދަ ގެއްލުމާއި އަމުރަށް އެދޭ ފަރާތުނ ކުރިމަތިލާންޖެހުންކަމަށ ފަނޑިޔާރް މަހާޒް ޢަލީ ޒާހިރު ފާހަގަކުރައްވާފައިވާ ކަމަށާއި، ހައިކޯޓުގ ދައުލަތް ވ. ޢަބްދު ﷲ ޝާކިރު އަދި އިތުރް0 ފަރާތެއް ޤަޟިއްޔާގައި ވަޒީފާގެ މައްސަލަތަކުގައިވެސް މައްސަލަ ހުށަހަޅާ ފަރާތަށް އިޢާދަ ނުކުރެވޭ ގެއްލުމެއް އޮތް ޙާލަތްތަކުގައި ނުވަތަ އެ މައްސަލައެއްގެ ޙުކުމް ތަންފީޛުކުރަން ހުރަސްއެޅިދާނެ ފަދަ ޙާލަތެއް އޮންނަ ޙާލަތްތަކުގައި ވަގުތީ އަމުރެއް ނެރެދޭންޖެހޭކަމަށް ފަނޑިޔާރު މުޙައްމަދު ނިޔާޒް ފާހަގަކުރައްވާފައިވާކަމަށާއި، ހައިކޯޓުގެ ޙަސަން ޚަލީލް ވ. ސިވިލް ސަރވިސް ކޮމިޝަން ޤަޟިއްޔާގައި ފަނޑިޔާރު ޙުޒައިފާ މުޙައްމަދު ފާހަގަކޮށްފައިވާ ކަންކަން މިމައްސަލައަށް ތަތުބީޤުކުރުމުން އާމިނަތު ނަޝްވާ ޙަމީދު ގެ ފަރާތުން އެދިފައިވާ ފަރުވާއަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 33 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ވަޒީފާ އިޢާދަކޮށްދިނުންކަމަށާއި، ނަމަވެސް އެފަރާތަށް ބަދަލެއް ނެގނޭ ޙާލަތެއް އައިސްފާނެކަމަށ ބުން އެވަގުތީ ފަރުވާ ނުދިނުމަކީ، އާމިނަތު ނަޝްވާ ޙަމީދއަށު އިންސާފު ލިބުމަށް އޮންނަ ދޮރު ބަންދުވެ، މައްސަލައިގެ މައުޟޫއަށް ބަހުސް ކުރުމުގެ ކުރިން ވަޒީފާއާބެހޭ ޓްރައިބއުނަލި ނ ގޮތް ނިންމުންކަމަށް ދެކޭ ކަމަށެވެ. އާމިނަތު ނަޝްވާ ޙަމީދު ގެ ވަޒީފާގެ ބަދަލަށް އެހެން މަޤާމުތައް އުފައްދާ އެ މަޤާމްތަކަށ އެހެން ފަރާތްތަކެއް އައްޔަންކުރާ ހިސާބުން ޓްރައިބިއުނަލުން ނަޝްވާއާ އެއްކޮޅަށް މައްސަލަ ނިންމިނަމަވެސް އާމިނަތު ނަޝްވާ ޙަމީދު އެދިފައިވާ ފަރުވާ ނުނެގޭނެކަމަށާއި، އަދި އެކަން ތަންފީޛުކުރުމަށް ގޮންޖެހުންތަކާ ކުރިމަތިވެ އާމިނަތު ނަޝްވާ ޙަމީދުއަށް އިންސާފު ލިބުމުގެ ފުރުސަތު ގެއްލިގެންދާނެކަމަށެވެ. ހަމައެއާއެކ އާމިނަތު ނަޝްވާ ޙަމީދއަށު 2020/HC-A/217,218,219,220,221,222,223,224,225 ބޭއިންސާފު ގެއްލުން ލިބުމުގެ ފުރުސަތު ބޮޑުވެ އިޢާދަނުކުރެވޭ ބޮޑު ގެއްލުމަކީ ކުރިމަތިލާންޖެހޭނެކަމަށެވެ.
3.3. ދެވަނަ ނުކުތާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ވަގުތީ އަމުރުގެ ނިންމެވުމުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖމެއިރު މެނޭޖްމަންޓާ ސަރވިސަސް (މޯލްޑިވްސް) ޕްރއިވެޓަ ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ convenience” of “Balance ގެ ޓެސްޓާ ގުޅޭގޮތުން ކަނޑައަޅުއްވާފައިވާ އުޞޫލު ތަތުބީޤުކުރެވިފައިވަނީ އެ އުޞޫލާ ޚިލާފަށްކަން އަދި ހެއްކާބެހޭ ޤާނޫނުގެ 323 ވަނަ މާއްދާގެ
(ށ) ގައި ބަޔާންކުރާ ކަންކަމާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
3.3.3. މިނުކުތާގެ ތަފްސީލުގައި އާމިނަތު ނަޝްވާ ޙަމީދުގެ ފަރާތުން ބުނެފައިވަނީ، ޙަވާލާދީފައިވާ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ވަގުތީ އަމުރަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލާއި ގެއްލުން ވަޒަންކުރާއިރު، މައްސަލައިގައި ހިމެނޭ އެންމެހައި ފަރާތްތަކަށް ލިބިދާނޭ ގެއްލުން ޝަރީޢަތުން ވަޒަންކުރަންޖެހޭނެކަމަށާއި، އެގޮތުން ނުރައްކަލާއި ގެއްލުން ވަޒަންކުރާ ޓެސްޓަކީ convenience” of “balance ކަމަށް ބަޔާންކޮށްފައިވާކަމަށާއި، އަދި ހައިކޯޓުގެ ޙަސަން ޚަލީލް ވ. ސިވިލް ސަރވިސް ކޮމިޝަން ޤަޟިއްޔާގައި، "ދެފަރާތުގެ ގެއްލުން އަޅައިކިޔައިގެން ނޫނީ، މައްސަލައިގައި ހިމެނޭ ދެ ފަރާތަށް ލިބޭނެ ގެއްލުމުގެ ކުޑަބޮޑު ވަޒަން ކުރެވޭނެކަމަކަށް ނުބެލެވޭނެކަމަށް" ކަނޑައަޅާފައިވާކަމަށާއި، ބެލެންސް އޮފް ކޮންވީނިއެންސް ޓެސްޓް ތަތުބީޤުކުރާއިރު، އަމުރު ނުނެރެފިނަމަ ގެއްލުންވާނީ އާމިނަތު ނަޝްވާ ޙަމީދު އަށްކަމަށާއި، ސަބަބަކީ އާމިނަތު ނަޝްވާ 2020/SC-A/101 ޙަމީދުއަކީ އަމިއްލަ ފަރުދެއްކަމަށާއި، ވަޒީފާ ގެއްލުމާއެކު ދިރިއުޅުމަށްޓަކައި ކެއިން ބުއިމާއި، ޢާއިލާއަށާއި ދަރިންނަށް ކުރަންޖެހޭ ޚަރަދުތަކަށަފައިސާ ނުދެއްކޭނެތީ އިޢާދަ ނުކުރެވޭނެ ގެއްލުންވާނެކަމަށެވެ. އަދި އެ ފެންވަރުގެ ވަޒީފާއެއް ހޯދުމަކީ އެފަރާތަށް ދތ އަދި އުނދަގޫވާނ ކަމެއްކަމަށާއި، ނަމަވެސް އެފް.ޑީ.ސީއަކ ބޮޑީ ކުންފުންޏެއްކަމަށްވުމުން، މާލީ ގޮތުނ ދެފަރާތުގެ ޙާލަތަށް ބަލާއިރު، "ބާރުވެރި" ފަރާތަކީ ކުންފުނިކަމަށާއި، "މަޤާމު" ހުސްކޮށް ބެހެއްޓުމަކީ ކުންފުންޏަށް ލިބޭ "ގެއްލުމެއް" ކަމަށް ވާނަމަ ވަޒީފާ އަލުން އިޢާދަކޮށް ދިނުމުގެ ފަރުވާއަކީ ދުވަހަކުވެސް ޓްރައިބިއުނަލްއިން އަދި ކޯޓުތަކުން ނެގޭނެ ފަރުވާއެއް ނޫންކަމަށެވެ. އާމިނަތު ނަޝްވާ ޙަމީދު ގެ މްޤާމުގެ ބަދަލުގައި އެހެން މަޤާމުތައް އައު އޮނިގަނޑާއެކ ނުއުފައްދާ އެހެން ފަރާތްތައް އެ މަޤާމުތަކަށް ޢައްޔަން ނުކުރާނަމަ ކުންފުނީގެ ދުވަހު އޮޕަރޭޝަންސް ހުއްޓޭނެކަމަށާއި، އެފަދަ މަސައްކަތްތައް ހުއްޓިއްޖެނަމި32 މިލިއަނާއ 35 މިލިއަން ރުފިޔާގެ ގެއްލުންވާނެކަމަށް ބަޔާންކޮށްފައިވީނަމަވެސް،މި އަދަދުތައް ހިސާބު ކުރެވުނު ގޮތް އެނގެން ނެތްކަމަށާއި، އެކަމާ ގުޅޭ ހެއްކެއްވެސް ހުށަހަޅާފައިނުވާކަމަށެވެ. އޮނިގަނޑަށް ބަދަލު ގެނައުމުގެ ކުރިނު 3 މެނޭޖިންގ ޑިރެކްޓަރުގެ ދަށުން 3 ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމް ހިމަނާފައިވާކަމަށާއި، ނަމަވެސް އޭރު އެމަޤާމަށް އެއްވެސް ފަރާތެއް އައްޔަންކޮށްފައިނުވާކަމަށާއި، އައު ޑީ.އެމް.ޑީ އެއީ އައްޔަންކޮށްފައިވަނީވެސް ނަޝްވާގެ މަޤާމުގެ އޮނިގަނޑަށް ބަދަލު ގެ ނައުމަށްފަހުކަމަށެވެ. އެހެންކަމުން، ޑީ.އެމް.ޑީ އެއީ އައްޔަން ނުކޮށް ބެހެއްޓުމުން ކުންފުންޏަށް ބޮޑެތި ގެއްލުންވާގޮތް ސާފު ނޫންކަމަށެވެ. މީގެ އިތުރުން،ގެއްލުން ސާބިތުކުރުމަށް އެފް.ޑީ.ސީ އިނީހުށަހެޅި އެފިޑވިޓަކ، އިޖުރާއަތާ އެއްގޮތަށް ހުށަހެޅި ބަލައިގަނެވޭނެ ލިޔުމެއް ނޫންކަމަށާއި، ޓްރައިބިއުނަލުން ވަގުތީ އަމުރު ނުނެރުމަށް ނިންމި ނިންމުން ބިނާކުރި އެފް.ޑީ.ސީގެ ބޯޑު ރިޒޮލިއުޝަންގައި ކުންފުނީގެ އޮނިގަނޑަށް ބަދަލު ގެނައުމަށް ނިންމީ 33 ޑިސެމްބަރު 3232 ގައި ކަމަށާއި، ނަމަވެސަ އާމިނަތު ނަޝްވާ ޙަމީދު ވަޒީފާއިން ވަކިކޮށްފައިވަނު33 ޑިސެމްބަރު 3232ގައް ކަނި އ ނގެން އޮތުމުން، ކުންފުނި ރީސްޓްރަކްޗަރ ކުރުމުގެ މާކުރިންއާމިނަތު ނަޝްވާ ޙަމީދު ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާކަނިއީ ނގޭކަމަށާއި، ހަމައެކަނި ރިޑަންޑަންޓްކޮށް ވަކުކުރ އާމިނަތު ނަޝްވާ ޙަމީދު ކަނި އ ނގެނ އޮތުމުން މިކަމަކީ ކުންފުނިން ރަނގަޅު ނިޔަތުގައި ކުރިކަމެއް ނޫންކަން އެނގޭކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުގެ ހުށަހެޅުންތައް:
0. އާމިނަތު ނަޝްވާ ޙަމީދު ގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަކީ، އޮޅުންބޮޑު، އިސްތިއުނާފީ އޮޅިގަނޑު ގިރާނުކުރާ ނުކުތާތަކެއް ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ. އެގޮތުން؛
0.3.ފުރަތަމަ ނުކުތާއާ ގުޅިގެން ފާހަގަކޮށްފައިވަނީ، އާމިނަތު ނަޝްވާ ޙަމީދގު ފަރާތުން ހުށަހެޅި ފުރަތަމަ އިސްތިއުނާފީ ނުކުތާގައި ބަޔާންކޮށްފައިވާ ދެ މަސްދަރަކީ ނަޝްވާ ޙަމީދުގެ ފަރާތުން އެދުނު ވަގުތީ އަމުރުގެ މައްޗަށް ހިންގޭނެ މަސްދަރެއް ނޫންކަމަށާއި، ޓްރައިބިއުނަލްގެ ނިންމުން އެދެމަސްދަރާ ޚިލާފުވާގޮތެއް ބުނެ ނުދެވޭކަމަށެވެ.
0.3.ދެވަނަ ނުކުތާއަ ގުޅިގެނާ ފާހަގަކޮށްފައިވަނީ، ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓް ތަތުބީޤުކޮށެ ވަގުތީ އަމުރު ނެރެފިނަމަ އެފް.ޑީ.ސީއަށް ވާން ގެއްލުން ސާބިތުކުރުމަށް ހެކީގެ ގޮތުގައި އެފިޑެވިޓެއް ހުށަހަޅާފައިވަނިކޮށް، އެފް.ޑީ.ސީއަށް ވާން ގެއްލުމުގެ އެއްވެސް ހެއްކެއް/ ތަފްސީލެއް ޓްރައިބިއުނަލަށް ހުށަހަޅައިފައިނުވާކަމަށ ބުން ބުނުމަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށާއި، އެހެންކަމުން މިއީ، އިސްތިއުނާފީ އޮޅިގަނޑު ގިރާނުކުރާ ނުކުތާއެއްކަމަށެވެ.
3. އިސްތިއުނާފީ ނުކުތާތަކަށް މައުޟޫއީ ގޮތުން އެފް.ޑީ.ސީގެ ފަރާތުން ރައްދު ހުށަހަޅާފައިވަނީ އަންނަނިވި ފަދައިންނެވެ.
3.3.ވަގުތީ އ މުރާމެދ ގޮތެއު ކަނޑައަޅަން މައުޟޫއީ މައްސަލައިގައި ހިމެނޭ ވާގިއާތަކަށް ޕްރިމަ ފޭސީކޮށް ބެލުމަށްފަހު ކަމަށާއި، އާމިނަތު ނަޝްވާ ޙަމީދު އެދިފައިވާ އެއް ފަރުވާއަކީ ވަޒީފާ ރުޖޫޢަކުރުންކަމަށާއި، އެފަދައިން އިއާދަނުކުރެވިދާނެ ޙާލަތެއް މެދުވެރިވާ ފަދައަކުން ވަގުތު އަމުރާމެދު ގޮތް ނިންމުމަކީ އިއާދަނުކުރެވޭ ގެއްލުމެއްކަމަށް ފާހަގަކުރާއިރު، ވަޒީފާގެ ހުރިހާ މައްސަލަތަކަކީ، މުވައްޒަފު ހުރި ވަޒީފާއަށް ރުޖޫޢަކުރަންޖެހޭ މައްސަލައެއް ނޫންކަމަށާއި، ކޯޓުތަކުން ނިންމާފައިވާ މައްސަލަތަކުން(މިސާލަކަށް؛ ޖާބިރު ޢަބްދުއްރަޙްމާން މައްސަލަ ) މިކަން އެނގިގެން ދާކަމަށާއި، އާމިނަތު ނަޝްވާ ޙަމީދު ގެ ފަރާތުން ފާހަގަކޮށްފައިވާ ޢަބްދުﷲ 18 17 ޝާކިރު މައްސަލައާއި، ޙަސަން ޚަލީލް މައްސަލައަކީ، މިމައްސަލައިގެ އަސާސީ ވާޤިއާތަކާ ތަފާތު ދެ މައްސަލަކަމުނ މިމައްސަލައަށް އެ ދެ މައްސަލައިގެ ނިންމނު ތަތުބީޤު ނުކުރެވޭނެކަމަށެވެ.
3.3.އިސްތިއުނާފީ ދެވަނަ ނުކުތާގެ ރައްދުގައި އެފް.ޑީ.ސީ ގެ ފަރާތުން ފާހަގަކޮށްފައިވަނީ، އެފޑިވިޓަކީ ހެއްކެއްކަމަށާއި، ގެއްލުން ސާބިތުކުރުމަށް އެފް.ޑީ.ސީ އިން އެފިޑެވިޓް ހުށަހަޅާފައިވާއިރު، އާމިނަތު ނަޝްވާ ޙަމީދުގެ ފަރާތުން އެއަށް ތައުނު ކޮށްފައިނުވާކަމަށެވެ. އާމިނަތު ނަޝްވާ ޙަމީދު އަދާކުރަމުންދިޔައީ ކުންފުނީގެ ދުވަހީ އޮޕަރޭޝަންސްއަށ ކޮންމެހެންވެސް ފުރިހަމަކުރެވެންޖެހޭ މަސްއޫލިއްޔަތުތައްކަމަށއި، އަދި މިހާރު އާ މަސައްކަތް ޙަވާލުކޮށްފައިވަނީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންނާ ކަމަށާއި، އެހެންކަމުން މި މަސްއޫލިއްޔަތުތައް އުފުލާނެ އެހެން ފަރާތެއް އައްޔަން ނުކުރެވޭނަމަ، ކުންފުނީގެ ދުވަހީ ހިންގުމަށް ބޮޑެތި އަސަރުކޮށް ކުންފުނި ހުއްޓުމަކަށް އައިސްދާނެކަމަށެވެ. އަދި ވަގުތީ އަމުރާމެދު ގޮތް ނިންމާ މަރުހަލާގައި ހުށަހެޅޭ ހެކިތަކުގެ މައްޗަށް ބެލު މަށްފަހު، ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓުގެ އޞުލުނ ބޮޑަށް ގެއްލުންވާނެކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާ 2020/HC-A/217,218,219,220,221,222,223,224,225 ވަގުތީ އަމުރާމެދު ގޮތް ނިންމާ ފަނޑިޔާރުގެ އިޚްތިޔާރުގައި ފަނޑިޔާރު ނިންމްނިންމުމުގެ ތެރެއަށް އިސްތިއުނާފަ ކޯޓުން ވަންނަނި ނުޖެހޭކަމަށް އެމެރިކަން ސައިނައިޑް މައްސަލއިގައ ކަނޑައަޅާފައިވާކަމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:
އިޖުރާއީ އިޢުތިރާޟް
32.އާމިނަތު ނަޝްވާ ޙަމީދު ގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ މި މައްސަލައަކީ، މަތިމަތިން ބަލާއިރުވެސް، އޭގައި ޤާނޫނީ ބަހުޘެއް ނެތް މައްސަލައެއްކަމުން، މިއިސްތިއުނާފީ މައްސަލަ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 305 ވަނަ މާއްދާގެ (ށ) އާ ޚިލާފުކަމަށް ކަނޑައަޅައިދީ، އެޤާނޫނުގެ 303 ވަނަ މާއްދާގެ (ހ) ގެ (3) ގެ (i) ގެ ދަށުން، އިސްތިއުނާފީ މައްސަލަ ބާޠިލްކޮށްދިނުން އެދި އެފް.ޑީ.ސީގެ ފަރާތުން އިޖުރާއީ އިޢުތިރާޟެއް ހުށަހަޅާފައިވެއެވެ.
33.މިއިޢުތިރާޟ ގުޅިގެނާ ދެފަރާތުގެ ހުށަހެޅުންތަކަށް ރިޢާޔަތްކޮށް ޝަރީޢަތުން ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ. " މިމަރުޙަލާގައި ބަލަންޖެހޭ މިންގަނޑު ކަމުގައިވާ، މަތިމަތިން ފެންނަން ހުރި ކަންކަމުގެ މައްޗަށް ނުވަތަ ޕްރައިމާ ފޭސީ ie)fac (prima ގޮތެއްގައި ބަލާއިރު، އާމިނަތު ނަޝްވާގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 305 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ މިންގަނޑަށް ފެތޭ، ޤާނޫނީ ބަހުސެއް އޭގެ ޒާތުގައި އެކުލެވޭ، ޝަރީޢަތުގެ ތެރެއިން އިތުރަށް ބަލައިގެން މެނުވީ ގޮތެއް ނުނިންމޭނެ ޙާލަތެއް ވުޖޫދުގައި އޮތުމުގެ އިޙުތިމާލު އޮތް އިސްތިއުނާފެއް ކަމުގައި ބެލެވެއެވެ. އަދި މައްސަލައިގެ މައުޟޫޢުގެ ތެރެއިން އިސްތިއުނާފީ އޮޅިގަނޑާއިމެދ ނުވަތު މައްސަލައިގަ މައުޟޫޢާ ގުޅޭ ގޮތުން ޝަރީޢަތުން ގޮތެއް ނިންމަންޖެހޭނީ، އިސްތިއުނާފީ ނުކުތާތަކާއި ގުޅޭގޮތުން ވާހަކަ ދައްކައި، American Cyanamid Co v Ethicon Ltd [1975] 3 All ER 521 )“American Cyanamid”( އެއަށް ރައްދު ދިނުމުގެ ފުރުޞަތު ދެވޭ، ދެ ފަރާތުން ދައްކާ ވާހަކަތަކަށް ބިނާކޮށްގެން ކަމުގައި ޝަރީޢަތުން ދެކެމެވެ."
33HN9މިމައްސަލައިގައި ހުށަހަޅާފައިވާ އިސްތިއުނާފ ނުކުތާތަކުގައި އިސްތިއުނާފީ އޮޅިގަނޑު ގިރާކުރުމާމެދު އެފް.ޑީ.ސީގެ ފަރާތުން ތައުނުކޮށްފައިވެއެވެ. އެފަރާތުން ފާހަގަކުރާ ފަދައިން، އސްތިއުނާފި ފޯމު ބައްޓަންކުރެވިފައިވާ ގޮތުން ޤާނޫނީ ބަހުޘް ސާފުވުމުގައި އޮޅުން އަރައެވެ. މިގޮތުން، އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 312 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށް ބަޔާންކުރާއިރު އެ މާއްދާ މިމައްސަލައަށް ތތަ ބީޤުވަނީ ކޮންގޮތަކުންކަން ސާފެއް ނޫނެވެ.
32. އެހެންނަމަވެސް، އިސްތިއުނާފީ ނުކުތާތަކުގެ ތަފްސީލުގައި ހިމެނިފައިވާ ވާހަކަތަކާއި ޝަރީޢަތުގެ މަޖިލީހުގެ ދެކެވުނު ވާހަކަތަކުގެ އަލީގައި، އިސްތިއުނާފީ ނުކުތާގައި އުފައްދާ ބަހުޘަކީ، ވަޒީފާ އިޢާދަކުރުމގު ބަދަލުގައި ގެއްލުމުގެ ބަދަލު ނަގައިދެވިދާނެކަމަށް ކަނޑައަޅައި މައުޟޫއީ މައްސަލައިގައި އެދިފައިވާ އަސާސީ ފަރުވާ މައުޟޫއީ މައްސަލަ ނިމއިރޭ ނުލިބޭނެ ކަމަށް ކަނޑައެޅޭ ފަދަ މޭރުމަކުން ނިންމުން ނިންމާފއިވަނަ އަދި ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓް ތަޠްބީޤުކުރުމުގައި ގެއްލުން ވަޒަންކޮށްފައިވަނީ މަތީ މަރޙު ލާގެ ނިންމުންތަކާ ޚިލާފަށަ ކަމަށް ބުނެ އުފައްދާ ބަހުޘކަން ސާފެވެ.
ވަގުތީ އަމުރު ނެރުމާ ގުޅޭ ޤާނޫނީ ޢާންމު އޞު ލ
31.ވަގުތީ އަމުރުގެ މަޤްސަދަކީ މައްސަލައިގެ މައުޟޫއުގައި ނިންމާ ނިންމުމަށް އެހީވެދިނުމުގެ ގޮތުން ދެފަރާތުގެ ޙައްޤުތަކަށްވެސް ރިޢާޔަތްކުރުމާއެކު އެހިނދަށް ވަގުތީ ޙައްލެއް ދިނުންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އައްޔޫބު ޢަލީ ވ. އިބްރާހީމް ވޙަ ދީ ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ. ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/15 ޤަޟިއްޔާ، SC 37 [2024] ޕެރެގްރާފް 3 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާ އެ ކޯޓުގު އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓް ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ޤޟިއްޔާގައަ ވަގުތީ އަމުރު ނެރުމުގައި ޝަރީޢަތުން ރިޢާޔަތްކުރަންވީ މިންގަނޑު ބަޔާންކުރެވިފައިވެއެވެ. އިސްތިއުނާފުކުރާ ފަރާތުގެ އިސްތިއުނާފީ ނުކުތާތަކުގައި ސުވާލު އުފައްދާފައިވަނީ މި މިންގަނޑުގެ ތެރެއިން ގެއްލުމުގެ ބަދަލު ވަޒަންކުރެވިފައިވާ ގޮތާ މެދުގައެވެ.
ވަގުތީ އަމުރު ނެރުމުގައި ގެއްލުން ވަޒަންކުރުން
35.ވަގުތީ އަމުރުގެ ދަށުން އެޅޭ ފިޔަވަޅުތަކަކީ، މައްސަލައިގެ މައުޟޫޢީ ޙައްޤަށް ޤަޟާޢީ ޙިމާޔަތް ނިހާއީ ސިފައެއްގައި ލިބުމުގެ ކުރިން، ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބިދާނެތީ އެފަދަ ގެއްލުމެއް ވިޔަނުދިނުމަށް ނުވަތަ އެ ގެއްލުންތައް ވީހާވެސް ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކެކެވެ. ތަދާރުކު ނުކުރެވޭ ގެއްލުމަކީ ފޫނުބެއްދޭ ވަރުގެ ގެއްލުން ނުވަތަ އިސްލާޙުކޮށް، ރަނގަޅު ނުކުރެވޭނެފަދަ ގެއްލުންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރިޖްވުޑް ހޮޓެލްސް އެންޑް ސުއިޓްސް ޕރައް ވެޓ ލިމިޓެޑް ވ. މުޙައްމަދު ޞަދީފް ޤަޟިއްޔާގައި ބ ޔާންކޮށްފައިވެއެވެ.
36.ވަގުތީ އަމުރާމެދު ގޮތެއް ކަނޑައެޅުމުގައި، މައްސަލައިގއަ ހިމެނޭ ޚޞަ މުންނަށް ބަލައި، އެ ދެ ފަރާތް ދެމެދު ހަމަހަމަ ވެގެންވާ ބާރެއް ނެތްނަމަ، އެ ޙާލަތުގެ ނާޖާއިޒު ފައިދާ ބާރުވެރި ފަރާތުން ނެގުމުގެ ފުރުޞަތު ފަހިވެގެންދާނެކަމުގެ މައްޗަށް ބަލައި، އެކަމަށް ރިޢާޔަތްކުރަންޖެހޭނެ ކަމަށް މިކޯޓުގެ ޙަސަން ޚަލީލް ވ. ސިވިލް ސަރވިސް ކޮމިޝަން ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/101 ޤަޟިއްޔާ، SC 28 [2021] އބޙ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/43 ޤަޟިއްޔާ، [2021] SC 73 ގެ 13 ވަނަ ޕެރެގްރާފް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/18 ޤަޟިއްޔާ ގެއްލުމުގެ ބަދަލު ވަޒަންކުރެވިފައިވާ ގޮތް
33.އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އާމިނަތު ނަޝްވާ ޙަމީދގު ފަރާތުން މައިގަނޑު ގޮތެއްގައި ތައުނުކުރަނީ، ވަގުތީ އަމުރާމެދު ގޮތެއް ކަނޑައެޅުމުގައި ވަޒީފާ އިޢާދަކުރުމުގެ ފުރުސަތު މިމައްސަލައިގ ނެތްކަމަށާއި، އާމިނަތު ނަޝްވާ ޙަމީދު ވަޒީފާއިން ވަކިކުރެ ވިފައިވަނީ، ރަނގަޅަށް ނޫންކަމަށް ކަނޑައެޅޭ ޙާލަތެއްގައިވެސް މ ސާރައާއ އިނާޔަތާއި ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ފުރުސަތު އޮތުމުން އިޢާދަނުކުރެވޭނެ ގެއްލުމެއް އޮތް ކަމަށް ބުރަނުވެވޭ ކަމަށް ކަނޑައެޅި ކަނޑައެޅުމުގެ މައްޗަށެވެ.
30.އެގޮތުން ފާހަގަކޮށްފައިވަނީ، ވަޒީފާއިން ވަކިކުރާ މައްސަލަތަކުގައި އަސާސީ ފަރުވާއަކީ ވަޒީފާ އިޢާދަކޮށްދިނުނކަން ވަޒީފާއާބެހް ޤާނޫނގު 33 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގައި ކަނޑައަޅާފައިވާކަމަށާއި، ޓްރައިބިއުނަލްގެ ނިންމުމުގެ ސަބަބުން އަސާސީ ފަރުވާ ނުލިބޭނެކަމަށް ކުރިއާލާ ނިމިގެންދާކަމަށެވެ.
33.ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް ބަލާއިރު، "...މުވައްޒަފަކު ވަޒީފާއިން ރިޑަންޑަންޓް ކުރެވޭނީ އެމުވައްޒަފަކު އަދާކުރަމުން ގެންދިޔަ މަޤާމު، އިދާރީ އޮނިގަނޑުން އުވުމާ ގުޅިގެންކަމަށް ބަލަންޖެހޭ ހިނދު... " މިގޮތަށް ފާހަގަކޮށްފައިވާ ކަމާއި އަދި "...އެފް.ޑީ.ސީގެ ނަންބަރު 62/2023-BR ބޯޑު ރިސޮލިއުޝަނަށް ބެލުމުން، މައްސަލަ ރައްދުވި ކުންފުނީގެ އިދާރީ އޮނިގަނޑު ބަދަލުކުރުމަށް 33 ޑިސެންބަރު 3232 ވަނަ ދުވަހު ފާސްކޮށްފައިވކަން އެނގެނާ އޮންނާތީ އާއި، އައު އިދާރީ އޮނިގަނޑަށް ބެލުމުން މައްސަލަ ހުށަހެޅި ފަރާތް އަދާކުރަމުން ދިޔަ މަޤާމު އޮނިގަނޑުގައި މިހާރު ނެތް ކަން އެނގެން އޮތުމުން،..." މިފަދައިން ފާހަގަކޮށްފައިވެއެވެ.
32.އިސްތިއުނާފުކުރާ ފަރާތުން މިކޯޓަށް ހުށަހެޅި ލިޔުންތަކުގެ ތެރޭގައި ވަގުތީ އަމުރަށް އެދުމުގައި ދެފަރތުނާ ޓްރައިބިއުނަލަށް ހުށަހެޅި ލިޔެކިޔުންތައް ހިމެނިފައިވެއެވެ. އޭގެ އިތުރުން، ހެކީގެ ގޮތުގައި އެ ޓްރައިބިއުނލަށަ ހުށަހެޅުން ލިޔެކިޔުންތައް ވަކިވަކިން އެނގޭގޮތަށް އެގްޒިބިޓް ކޮށްފައިވެއެވެ. ޤާނޫނު ނަންބަރު 2/2008 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމުގެ ސަފްހާ 1 ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމުގެ ސަފްހާ 1 އެހެންނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި ޙަވާލާދީފައިވާ އެފް.ޑީ.ސީގެބޯޑ ރިސޮލިއުޝަން މިލިޔުންތަކުގެ ތެރޭގައި ނެތްކަން ފާހަގަކުރެވެއެވެ.
33.ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި ބޯޑު ރިސޮލިއުޝަނަށް ޙަވާލާދީފައިވުމުން، ބޯޑު ރިސޮލިއުޝަން މިކޯޓަށް ފޮނުވައިދިނުމަށް އެދުމުން އެ ޓްރައިބިއުނަލުން ފޮނުވާފައިވާ ބޯޑު ރިސޮލިއުޝަނަށް ބެލުމުން އެއީ އެ ޓްރައިބިއުނަލުގައި ހިނގަމުންދާ މައުޟޫޢީ މައްސަލައިގައި ޖަވާބާއެކު އެގްޒިބިޓް 2 ގެ ގޮތުގައި ހުށަހެޅިފައިވާ ލިޔުމެއްކަން އެނގެއެވެ. މި ބޯޑު ރިސޮލިއުޝަނަށް ބެލުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ފާހަގަކޮށްފައިވާ ފަދައިން މި ބޯޑު ރިސޮލިއުޝަން ފާސްކޮށްފައިވަނީ 33 ޑިސެންބަރު 3232 ގައި ކަން އެނގެއެވެ. އެހެންނަމަވެސް، އެރިސޮލިއުޝަންގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. st THAT, the board approves the following effective from 1 January 2024, upon approval from the privatization and corporatization board”
33.ވަގުތީ އަމުރާ ގުޅިގެން ޓްރައިބިއުނަލްއަށް އެގްޒިބިޓް 3 ގެ ގޮތުގައި ހުށަހެޅުނު ”onture Revision and Implementatirucrganization StO“ މިނަމުގައިވާ ލިޔުމުގައި ވަނީ އަންނަނިވި ފަދައިންނެވެ. st The new structure shall be effective from the 1 January 2023 and upon required approval from PCB”
32. މިދެލިޔުމަށް ބަލާއިރުވެސް، އަލަށް ޢަމަލުކުރެވޭ އޮނިގަނޑަށް ޢަމަލުކުރެވުމުގައި ފުރިހަމަވާންޖެހޭ އިޖުރާއަތުތަކެއް ކަނޑައެޅިފައިވާކަން އެނގެއެވެ. މި އިޖުރާއަތު މިމައްސަލައިގައި ފުރިހަމަވެފައިވާކަން މައްސަލައިގެ ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެންނެތެވެ. އަދި، މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ކުރެވުނު ސުވާލުތަކުގައިވެސް މިކަން އެފް.ޑީ.ސީ އަށް ކަށަވަރުކޮށްދެވިފައިނުވެއެވެ. އެހެންކަމުން، މަޤާމު އުވި އޮނިގަނޑު ބަދަލުވެފައިވާތީ، ވަޒީފާ އިޢާދަކުރުމުގެ އަސާސީ ފަރުވާ މައުޟޫއީ މައްސަލަ ނިމޭ އިރު މިކޯޓުގެ ނަންބަރު B9/200/2024/22-95 (33 ނޮވެންބަރު 3231( ސިޓީ ނަގައިނުދެވި ދާނެ ފަދަ މޭރުމަކުނެވަޒީފާއާބެހަޓްރައިބިއުނަލުން ފާހަގަކޮށްފައިވަނީ މައްސަލައިގެ ވާޤިއާތެއް އެންމެ ފުރިހަމަ އަށް ކަށަވަރް ނުކުރިވެނީސ ކަމުގައި ދެކެމެވެ.
31. އިސްތިއުނާފީ ދެ ނުކުތާގައިވެސް މައިގަނޑު ބަހުޘެއްގ ގޮތުގައެ ފާހަގަކޮށްފައިވަނީ، ގެއްލުން ވަޒަންކުރެވުނ ގޮތުގު މައްޗަށެވެ. ވަގުތީ އަމުރެއް ނެރުމުގައި ގެއްލުން ވަޒަންކުރުމުގައި ބަލަނީ އެދިފައިވާ ވަގުތީ އަމުރު ނެރުމާ ނުނެރުމުން ދެފަރާތަށް ލިބޭ ގެއްލުމުގެ މައްޗަށެވެ. ވަގުތީ އަމުރުން ދެވޭ ފަރުވާއަކު އެފަދަ އަމުރަކުން ޙިމާޔަތްކުރަންޖެހޭ މައުޟޫއީ ޙައްޤުތައް ރައްކާތެރިކުރުމަށް ބޭނުންވާ މިންވަރަށްވުރެ ފުޅާކޮށް ނެރެވޭ އަމުރެއް ކަމުގައި ވެގެން ނުވާނެއެވެ.
35.ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އާމިނަތު ނަޝްވާ ޙަމީދު ގެ ފަރާތުން ނެރެދިނުމަށް އެދޭ ވަގުތީ އަމުރު އޮންނަންވީ ގޮތް ކަމުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. " އާމިނަތު ނަޝްވާ ހަމީދުގެ ފަރާތުން ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ހުށަހަޅާފައިވާ ވަޒީފާއިން ވަކިކުރުމުގެ މައްސަލައިގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ގޮތެއް ކަނޑައެޅުމުގެ ކުރިން ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ އޮނިގަނޑަށް ބަދަލު ނުގެނައުމަށާއި، ޗީފް އޮފް އޮޕަރޭޝަންސްގެ މަޤާމު އުވާލައި އެ މަޤާމުގެ ބަދަލުގައި އެމަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ނުވަތަ އެނޫންވެސް ނަމެއްގައި މަޤާމާ އުފައްދައި އެމަޤާމަށް މީހުން އައްޔަނު ނުކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މައްޗަށް އަމުރުކޮށްފީމެވެ".
36.ވަގުތީ އަމުރަށް އެދޭ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ، މައްސަލަ ޓްރައިބިއުނަލްގައި ހިނގަމުންދަނިކޮށް ކުންފުނީގެ އޮނިގަނޑު ބަދަލުކޮށްފިނަމަ މައްސަލައިގައި އެދޭ ފަރުވާ ދިނުމަށް އުޒުރު ދައްކާނެކަމަށެވެ. އެގޮތުން ވަޒީފާ އަނބުރާ އިޢާދަކުރުމަށް އިންކާރުކުރާނެތީއާއި ގެއްލުމުގެ ބަދަލުދިނުމަށް އުޒުރުވާނެތީ އާމިނަތު ނަޝްވާ ޙަމީދު އަދާކުރި "މަޤާމް އުވާލައި އެތަނަށް އިތުރު ދެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން (އަޅުގަނޑު ހުރި މަޤާމްގެ މަސްއޫލިއްޔަތު އަދާކުރުމަށް) އައްޔަނު ކުރުން މަނާކޮށް އަމުރެއް ނެރެ ދިނުމަށް އެދެމެވެ" މިފަދައިން ބަޔާންކޮށްފައިވެއެވެ. ދިވެހިރާ އްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/116 ޤަޟިއްޔާ (ޢަބްދުﷲ އަފީފު ވ މާލެ އަތޮޅު ދިއްފުށީ ކައުންސިލް އިދާރާ ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވާ "ވަގުތީ އަމުރަށް އެދޭ ސަބަބު" ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވާ "ނެރެދޭންވ ވަގުތީ އަމުރު އޮންނަންވީ ގޮތް"
72އެހެންކަމުން، މިއަމުރަށް އެދުމުގައި އާމިނަތު ނަޝްވާ ޙަމީދުގެ ފަރާތުން އެދިފައިވަނީ މައިގަނޑު ދެ ފަރުވާއެކެވެ. ފުރަތަމަ ކަމަކަށް، މައްސަލައާ މެދު ގޮތެއް ނިމެންދެން ކުންފުނީގެ އޮނިގަނޑަށް ބަދަލު ގެނައުން ހުއްޓުވުމެވެ. ދެވަނަ ފަރުވާއަކީ އާމިނަތު ނަޝްވާ ޙަމީދު އަދާކުރަމުންދިޔަ މަޤާމު އުވާލައި އެމަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެހެން ނަމެއްގައި މަޤާމެއް އުފެއްދުން / އައްޔަނކުރުނު ހުއްޓުވުމެވެ.
30. އާމިނަތު ނަޝްވާ ޙަމީދުގެ ފަރާތުން އެދިފައިވާ އަމުރުގައި އެދުނު ދެފަރުވާ ވަގުތީ އަމުރަކުން ލިބިދިނުމުން ލިބިދާނެ ގެއްލުން ޓްރައިބިއުނަލުން ވަޒަންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
30.3.އެގޮތުން ތަނުގެ އޮނިގަނޑު ބަދަލުކުރުން ހުއްޓުވުމަށް އަމުރެއް ނެރެދިނުމާމެދު، ގޮތް ނިންމުމުގައި ޓްރައިބިއުނަލުން ދެ ކަމަކަށް ބަލާފައިވެއެވެ. އެއްކަމަކަށް، އަމުރަށް އެދުނުއިރު ތަނުގެ އޮނިގަނޑު ބަދަލުކުރެވި މީހުން އައްޔަންކުރެވިފައިވާކަމަށް ބުރަވެވުމެވެ. އިސްވެ ފާހަގަކުރި ފަދައިން ޓްރައިބިއުނަލްގެ މިފާހަގަކުރުމަކީ މައްސަލައިގެ ވާޤިއާ ފުރިހަމައަށް ކަށަވަރުނުވަނީސް ނިންމާފައިވާ ނިންމި މ ކެވެ. ދެވަނަކަމެ ކ ށ، މިފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމުމުގައި ޓްރައިބިއުނަލނު ބަލާފައިވަނީ ވިޔަފާރީގެ މަސްލަހަތަށް ބަލައި ތަނުގެ އޮނިގަނޑަށް ބަދަލު ގެނެއުމަކީ s prerogative’employer އެއް ކަމުގައިވާތީ އެފަދައިން އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. ޓްރައިބިއުނަލްގެ މި ނިންމުމާ މެދު މި އިސްތިއުނާފުގައި ސުވާލެއް އުފައްދާފައިނުވެއެވެ.
30.3.އާމިނަތު ނަޝްވާ ޙަމީދު އަދާކުރަމުންދިޔަ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެހެން ނަމެއްގައި މަޤާމެއް އުފެއްދުން /އައްޔަނކުރުނު ހުއްޓުވުމާމެދު ޓްރައިބިއުނަލުން ފާހަގަކޮށްފައިވަނީ އާމިނަތު ނަޝްވާ ޙަމީދު އަދާކުރަމުން ދިޔާ މަޤާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުންފުނނި ދުވަހުން ދުވަހަށް ކޮންމެހެންވެސް ފުރިހަމަކުރެވެންޖެހޭ ކަންކަމާ ގުޅިގެން ނިންމުންތައް ނިންމުމާއި އެކަންތައްތައް ކުރެވޭނެކަން ޔަޤީންކުރުން ފަދަ މުހިއްމު މަސްއޫލިއްޔަތތައު ހިމެނޭއިރު، އެ މަޤާމުގެ މަސްއޫލިއްޔަތުތައ އެހެން ފަރާތަކާ ޙަވާލުނުކުރުމަށް އަމުރެއް ނެރެފިނަމަ އެކަމުގެ ސަބަބުން ކުންފުނީގެ ހިންގުމަށް ބުރޫ އަރާނކަމަށް ބުރަވެވޭ ކަމަށެވެ.
33. ވަޒީފާއިން ވަކިކުރުމުގެ މައްސަލަތަކުގައި ވަޒީފާއަށް ރުޖޫޢަކުރުމުގެ ގޮތުން އަސާސީ ފަރުވާ ލިބުމަށް ހުރަސް ނޭޅޭނެ ފަދައަކުން މަސްލަޙަތު ހިމާޔަތްކުރުމަކީ މުހިއްމު ކަމެކެވެ. ޚާއްސަކޮށް، އެފަރުވާއަށް އެދި މައުޟޫއީ ދައުވާ ބިނާކުރާ ޙާލަތްތަކުގައެވެ.
22.އާމިނަތު ނަޝްވާ ޙަމީދު ގެ ފަރާތުން ވަގުތީ އަމުރަކަށް އެދެނީ މައްސަލައިގެ ގޮތެއް ނިމޭއިރު، ވަޒީފާ އަނބުރާ އިޢާދަކުރުމުގެ މަސްލަހަތު ހިމާޔަތްކުރުމުގެ ބޭނުމުގައި ކަން ސާފެވެ. މި މަސްލަހަތު ހިމާޔަތްކުރުމަށޓަކައި ވަގުތީ އަމުރުން ލިބިދިނުމަށް އެދް ފަރުވާ ދިނުމާ ނުދިނުމުގެ ނަތީޖާއެއްގެ ގޮތުނާ ދެފަރާތަށް ލިބޭ ގެއްލުން ވަޒަންކުރާއިރު، އާމިނަތު ނަޝްވާ ޙަމީދގު ފަރާތުން އެދިފައިވާ ދެ ފަރުވާއަކީ ވެސް އޭގެ ޒާތުގައި ހިންގަ ހިނގާ ހުރި ކުންފުންޏެއްގެ ހިންގުމަށް ހުރަސްއެޅިދާ ފަދަ ދެ ފަރުވާއެވެ. އެހެނީ، ފުރަތަމަ ފަރުވގައާ ކުންފުނީގެ އޮނިގަނޑަށް ބަދަލު ގެނައުން ހުއްޓުވުމަށް އެދިފައިވާއިރު، މިފަރުވާއަށް އެދިފައިވަނީ މުޅި ކުންފުނީގެ އެއްވެސް މަޤާމަކަށް ބަދަލުނުގެނެވޭނެ ފަދަ ގޮތަށެވެ. ދެވަނަ ފަރުވާއެއްގެ ގޮތުގައި އެދިފައިވަނީ، އާމިނަތު ނަޝްވާ ޙަމީދު އަދާކުރަމުންދިޔަ މަސްއޫލިއޔަތް އަދ ކުރުމަށް އެހެން ނަމެއްގައި މަޤާމެއް އުފައްދައި ނުވަތަ މަސްއޫލިއްޔަތު ޙަވާލުނުކުރމަށެވެ.
23.އާމިނަތު ނަޝްވާ ޙަމީދު އަދާކުރަމުން ދިޔައީ ކުންފުނީގެ ޗީފް އޮފް އޮޕަރޭޝަންސްގެ މަޤާމު ކަމުގައިވާއިރު، މިފަދަ ހިންގުމުގެ އިސް މަޤާމެއްގެ ޒިންމާ އެހެން ފަރާތަކަށް/ މަޤާމަކަށް އަދ ނުކުރެވޭ ފަދައިން އަމުރެއް ނެރުމަކީ ކުންފުންޏެއްގެ ހިންގުމަށް ބުރޫ އަރާނެ ކަމެކެވެ. އެހެންކަމުން، އާމިނަތު ނަޝްވާ ޙަމީދގު ވަޒީފާ އިޢާދަކުރުމުގެ މަސްލަހަތާއި ކުންފުނީގެ މަސްލަހަތު އަޅާ ބަލާއިރު، އާމިނަތު ނަޝްވާ ޙަމީދު އެދިފައިވާ ފަދައިން އަމުރު ނެރެފިނަމަ ބޮޑަށް ގެއްލުންވާނީ ކުންފުންޏަށެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު VTR/VA/2024/1-200 "ވަގުތީ އަމުރާ މެދު ނިންމިގޮތް" ސ 1
23. ޢާންމު އުޞޫލުން އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރެވިގެން ހުށަހެޅޭ މައްސަލަތަކުގައި ވަޒީފާ އިޢާދަކުރުމުގެ ޙައްޤު ހިމާޔަތްކުރުމުގެ ގޮތުން ވަގުތީ އަމުރަކުން ނަގައިދެވޭ ފަރުވާތަކަކީ، އެމުވައްޒަފަކު އަދާކުރަމުންދިޔަ މަޤާމަށް ދާއިމީ މުވައްޒަފަކު ނެގުން ހުއްޓުވުން ފަދަ ފިޔަވަޅުތަކެވެ. މިފަދަ ފަރުވާތަކަކީ ވަޒީފާއިން ވަކިކުރެވުނު މުވައްޒަފުގެ ވަޒީފާ އަދާކުރުމުގެ ޙައްޤު ހިމާޔާތްކުރުމާއެކު ވިޔަފާރިއެއް ނުވަތަ މުއައްސަސާއެއްގެ ހިންގުން ނުވަތަ މަސައްކތަށަ ބުރޫ ނާރާނެ ފަދައިން ދެފަރާތުގެ ޙައްޤު ވަޒަންކޮށް މީޒާން ހަމަކުރެވޭ ފަދައަކުން ދެވޭ ފަރުވާތަކެވެ.
22.މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލގު މަރުހަލާގައި ވަގުތީ އަމުރު ނެރުމުގައި އާމިނަތު ނަޝްވާ ޙަމީދު އަދާކުރަމުން ދިޔަ ވަޒީފާއަށް ދާއިމީ މުވައްޒަފަކު ނެގުން ހުއްޓުވުމުގެ ފަރުވާއަކަށް އެދިފައިނުވެއެވެ. އެހެންނަމަވެސް، މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެފަދައިން އެދޭފަދަ މޭރުމަކުން އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްފައިވެއެވެ. ޤާނޫނީ އުޞޫލަކީ، ހައިކޯޓުން މައްސަލަތައް .36 ބަލާނީ ދަށު ކޯޓަށް ހުށަހެޅުނު ކަންތައްތަކަކީ އަސާސްކަމަށް ބަލައިގެންނެވެ. ދަށު ކޯޓުގައި ފާހަގަނުކުރާ ކަންތައްތަކަށް އިސްތިސްނާއީ ޙާލަތެއްގައި މެނުވީ އިސްތިއުނާފީ ކޯޓަކުން ރިއާޔަތްކޮށް ގޮތެއް ނިންމިދާނެ ކަމުގައި ނުދެކެމެވެ.
އިސްތިއުނާފީ ދެވަނަ ނުކުތާ
21. އިސްތިއުނާފީ ދެވަނަ ނުކުތާގައި ވެސް އާމިނަތު ނަޝްވާ ޙަމީދުގެ ފަރާތުން މައިގަނޑު ގޮތެއްގައި ތައުނުކޮށްފައިވަނ ވަގުތީ އަމުރު ނެރުމުގައި ގެއްލުން ވަޒަންކޮށްފައިވާގޮތާ މެދުގައެވެ. މިނުކުތާގައި ފާހަގަކޮށްފައިވަނީ ވަގުތީ އަމުރު ނެރެފިނަމަ ވާނެ ގެއްލުމުގެ ގޮތުގއަ ކުންފނިނު ފާހަގަކޮށްފައިވާ 33 ނޮވެމްބަރ 3231 ގައި މިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފު ކުރާ ފަރާތުގެ ވަކީލް މިފަދައިން ފާހަގަކޮށްފައިވެއެވެ. ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 23 ގެ (ހ) އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/18 ޤަޟިއްޔާ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 23 ގެ (ށ) އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/18 ޤަޟިއްޔާ ކަންތައް ތައު ބިނާކޮށްފައިވަނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ އެފިޑެވިޓް ބަޔާން ގީމައްޗަށ ކަމުގައިވާއިރު، މިބަޔާނުގައ ހުރި ކަންތައްތަކަކީ ކަށަވަރުކުރެވޭ ހަރުދަނާ ވާހަކަތަކެއް ނޫންކަމަށެވެ.
13.އާމިނަތު ނަޝްވާ ޙަމީދު ވަޒީފާއިން ވަކިކުރެވުނުއިރު އަދާކުރަމުން ދިޔަ ވަޒީފާއަކީ "ޗީފް އޮފް އޮޕަރޭޝަންސް" ގެ މަޤާމުކަން ދެފަރާތުގެ ބަހުން އެނގޭއިރު އެފަރާތުގެ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ލިޔުމެއް ޓްރައިބިއުނލަށަ ހުށަހެޅިފައިވެއެވެ. މި ލިޔުމަށް ބެލުމުން މެނޭޖިންގ ޑިރެކްޓަރުގެ ދަށުން ކުންފުނީގެ ހިންގުމުގެ ވަރަށް ޒިންމާދާރު މަސްއޫލިއްޔަތުތަކެއް ޙަވާލކުރެވިފައިވާކަނު އެނގެއެވެ. މިމަ ސްއޫލިއްޔަތުތައ އެހެން އެއްވެސް ފަރާތަކަށް ޙަވާލުކުރނު ވަގުތީ އަމުރަކުން މަނާކުރުމަކީ ކުންފުންޏެއް ހިންގުމަށް ދަތިވާނކަމެ އެ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބުރަވެވުނު ބުރަވެވުމަކީ ސަބަބުވެރި އިންސާނެއްގެ މިންގަނޑުން ބަލާއިރު ގޯސް ނިންމުމެއް ކަމުގައި ނުދެކެމެވެ. އަދި، އިޚްތިޔާރީ ބާރެއްގެ ތެރެއިން ނިންމާފައިވާ މި ނިންމުމަށް، މި އިސްތިއުނާފީ ކޯޓުން ވަންނަންޖެހޭ އިސްތިސްނާއީ ހާލަތެއް އޮތް ކަމުގައި ވެސް ނުދެކެމެވެ.
ނިންމަން ފެންނަ ގޮތް
13. ބުނެވުނު އެންމެހައި ކަންތައްތަކަށް ރިޢާޔަތްކުރާއިރު، ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އާމިނަތު ނަޝްވާ ޙަމީދުގެ ފަރާތުނު ނެރުމަށް އެދުން ވަގުތު އަމުރު ނެރެނުދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް އޮތް ކަމުގައި ނުދެކެމެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އާމިނަތު ނަޝްވާގެ ފަރާތުން ހުށަހެޅި މައްސަލަ ހުށަހަޅާ ފޯމާއެކު ހުށަހެޅި "ޖޮބް ޑިސްކްރިޕްޝަން" ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/51 ޤަޟިއްޔާ، 2022 SC 39 ޕްރޮސިކިއުޓަރ ޖެނެރަލް ވ (ނަން އުނިކުރެވިފައި)
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު
12.ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔު
20.ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
13. މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 22 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 3233/23)ގެ 301 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 3233/23)ގެ 301 ވަނަ މާއްދާގެ (ހ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 3233/23)ގެ 301 ވަނަ މާއްދާގެ (ށ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 3233/23)ގެ 301 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 285 ވަނަ މާއްދާގެ (ހ) އަދި (ށ) (PDF ގައި '305')
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ)، (ރ) (އިސްތިއުނާފުގެ މުއްދަތު؛ PDF ގައި '3233/23' ގެ '301')
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 23 ގެ (ހ) އަދި (ށ) (ފުޓްނޯޓުގައިވާ ގޮތަށް)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2024/SC-A/15 ([2024] SC 37) (އައްޔޫބު ޢަލީ ވ. އިބްރާހީމް ވަޙީދު) ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2012/SC-A/21 (ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން) ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2020/SC-A/101 ([2021] SC 28) (އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓް ސަރވިސަސް) ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2021/SC-A/43 ([2021] SC 73، ޕެރ. 13) (ރިޖްވުޑް ހޮޓެލްސް އެންޑް ސުއިޓްސް ވ. މުޙައްމަދު ޞަދީފް) ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ 2023/HC-A/18 (ޙަސަން ޚަލީލް ވ. ސިވިލް ސަރވިސް ކޮމިޝަން) ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ 2022/HC-A/116 (ޢަބްދުﷲ އަފީފު ވ. މާލެ އަތޮޅު ދިއްފުށީ ކައުންސިލް އިދާރާ) ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2016/SC-A/18 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2022/SC-A/51 ([2022] SC 39) (ޕްރޮސިކިއުޓަރ ޖެނެރަލް ވ. (ނަން އުނިކުރެވިފައި)) ޤަޟިއްޔާ
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.