ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. (ނަން އުނިކުރެވިފައި)
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2022/HC-B12/34
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސުޕްރީމް ކޯޓުގެ 2022/SC-A/26 ގައި ހައިކޯޓުގެ ކުރީގެ ނިންމުމުގެ 28 އިން 30 އަށް ޕެރެގްރާފް ބާޠިލުކޮށް ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 1-59 ގެ އިޚްތިޔާރު ބޭނުންކުރުމުގެ އިރުޝާދު ދިނުމަށްފަހު، ޖުވެނައިލް ކޯޓުން 22 މާޗް 2022 ގައި ގޭބަންދު ދެމެހެއްޓި ނިންމުމަށް ހައިކޯޓުން (2022/HC-B12/34، 11 އެޕްރީލް 2022) ތާއީދުކުރިއެވެ.
- ވާޤިޢާ
- 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި ކަމަށް ތުހުމަތުކުރެވޭ ކުއްޖަކު (އޚމ) ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ޖުވެނައިލް ކޯޓުން އަމުރުކުރިއެވެ. ނަމަވެސް ހިންމަފުށީ އައްސޭރި ޖަލަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތް ތަނެއް ނޫންކަމަށް ބުނެ 9 ނޮވެންބަރު 2021 ގައި ޝަރުޠުތަކާއެކު ގޭބަންދަށް ބަދަލުކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުޑަކުއްޖަކު ޝަރީޢަތް ނިމެންދެން ގޭބަންދުގައި ބެހެއްޓުމަށް ޖުވެނައިލް ކޯޓުން ނިންމި ނިންމުމަށް ތާއީދުކުރި ހައިކޯޓުގެ ނިންމުމާމެދު ދައުލަތުން ކުރި އިސްތިއުނާފަކީ ކޯޓުތަކާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައިވާ އިސްތިއުނާފުކުރުމުގެ އޮޅިގަނޑު ގިރާކުރާ އިސްތިއުނާފެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ދައުލަތުން ބުނީ ޖުވެނައިލް ކޯޓުން ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 59 ވަނަ މާއްދާއާއި 2022/SC-A/26 ގައިވާ ކަންކަމަށް ފުރިހަމައަށް ރިޢާޔަތް ނުކޮށް ގޭބަންދަށް ނިންމި ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ހައިކޯޓަށް ހުށަހެޅި ނުކުތާ އަކުރުން އަކުރަށް ތަކުރާރުކޮށް ހުށަހެޅުމުން، ކާމިޔާބުވުމުގެ އެކަށީގެންވާ ފުރުޞަތު އޮތް ޤާނޫނީ ބަހުސެއް ދައްކާފައި ނުވެއެވެ. ބަންދާމެދު ނިންމުމަކީ ފަނޑިޔާރުގެ އިޚްތިޔާރަށް ދޫކޮށްލެވިފައިވާ ކަމަކަށްވާއިރު، އިސްތިއުނާފީ ކޯޓުން އެ އިޚްތިޔާރަށް ވަދެވޭނެ އިސްތިސްނާ ޙާލަތެއް ދައްކާފައި ނުވާތީ އިސްތިއުނާފު ބަލައިނުގަނެވުނެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ނިންމުން ޤާއިމް (އިސްތިއުނާފު ބަލައިނުގަނެވި)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 މައްސަލަ ބެލި ފަނޑިޔާރު ޤާނޫނީ ގޯހެއް ހެދިކަމަށް ހަމައެކަނި ބުނުމަކުން، ނުވަތަ ހެކިތަކަށް ނުވަތަ ފަރާތެއްގެ ވާހަކަތަކަށް ރިޢާޔަތް ނުކުރިކަމަށް ބުނުމަކުން ކޯޓުތަކާބެހޭ ޤާނޫނުގެ 43 ވަނަ މާއްދާގެ މިންގަނޑަށް ނުފޯރައެވެ؛ އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންވާނީ، ހުށަހަޅާ ނުކުތާގައި އިސްތިއުނާފުން ކާމިޔާބުވުމުގެ އެކަށީގެންވާ ފުރުޞަތު އޮތް ޤާނޫނީ ބަހުސެއް ހިމެނޭކަން އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިއްޖެނަމައެވެ (2019/SC-L/91).
HN2 އެ އޮޅިގަނޑު ގިރާނުކުރާ މައްސަލަތަކަށް އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަކީ ކޯޓުތަކުގެ ރަޖިސްޓްރާރާއި ފަނޑިޔާރުންގެ ޤާނޫނީ ޒިންމާއެކެވެ؛ މި އޮޅިގަނޑަކީ ހައިކޯޓުގެ ނިންމުމެއް ކޯޓުތަކާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށްވެސް ގިރާކުރަންޖެހޭ މިންގަނޑެވެ.
HN3 ހައިކޯޓަށް ހުށަހެޅި ނުކުތާ އަކުރުން އަކުރަށް ތަކުރާރުކޮށް، ދަށުކޯޓުން ޤާނޫނާއި ސުޕްރީމް ކޯޓުގެ ނިންމުމަކަށް ފުރިހަމައަށް ރިޢާޔަތް ނުކުރިކަމަށް ހަމައެކަނި ބުނުމުން ކޯޓުތަކާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާއާއި 43 ވަނަ މާއްދާގެ މިންވަރު ޙާޞިލު ނުކުރެވެއެވެ.
HN4 ދަށުކޯޓަކީ ވާޤިޢާތައް ސާބިތުކޮށް ކަށަވަރުކުރާ މަރުޙަލާއެވެ؛ ހެކިބަހަށް، ލިޔުމަށް ނުވަތަ އެހެން ހެއްކަކަށް ބިނާކޮށް ދަށުކޯޓުން ސާބިތުކޮށް ކަށަވަރުކުރި ވާޤިޢާއެއް އިސްތިއުނާފީ ކޯޓުން ބަދަލުކުރަނީ ވަރަށް އިސްތިސްނާ ޙާލަތެއްގައި މެނުވީ ނޫނެވެ؛ މުވައްކިލަށް އެކަމުގެ ލަފާދިނުމަކީ ވަކީލުންގެ ޒިންމާއެކެވެ.
HN5 ޤާނޫނު މާނަކުރުމާއި ތަޠްބީޤުކުރުމާބެހޭ ޤާނޫނީ ނުކުތާއަކަށް ބިނާކުރާ އިސްތިއުނާފެއް ކާމިޔާބުވުމުގެ ފުރުޞަތު ބޮޑެވެ.
HN6 ދަށުކޯޓުގެ ފަނޑިޔާރުގެ އިޚްތިޔާރެއް ބޭނުންކުރި ގޮތުގެ މައްޗަށް އިސްތިއުނާފީ ކޯޓު ވަންނަންވާނީ ހަމައެކަނި: (ހ) ރަނގަޅު ނޫން އުޞޫލަކަށް ބިނާކޮށް ނުވަތަ ކަމާނުބެހޭ ކަންކަމަށް ރިޢާޔަތްކޮށް ނިންމާފައިވުން؛ (ށ) ރިޢާޔަތްކުރި ވާޤިޢާތަކުގެ ޙަޤީޤަތް ފަނޑިޔާރަށް އޮޅިފައިވުން؛ (ނ) މައިގަނޑު ވާޤިޢާއަކަށް ނުވަތަ ކަމަކަށް ރިޢާޔަތް ނުކުރުން؛ (ރ) އިޚްތިޔާރުކުރި ގޮތުގެ ސަބަބުން އެކަށީގެންނުވާ ކަމެއް ނުވަތަ ބޭއިންޞާފެއް މެދުވެރިވުން ފަދަ ޙާލަތެއްގައެވެ.
HN7 ދަށުކޯޓުގެ އިޖުރާއީ ގޯހެއް، އައިބެއް ނުވަތަ އުނިކަމެއް އިސްތިއުނާފުކުރާނަމަ، އޭގެ ސަބަބުން ޢަދުލުއިންޞާފު ގެއްލުނު ގޮތް އިސްތިއުނާފީ ނުކުތާގައި ބުނެދޭންވާނެއެވެ؛ އެހެން ނޫންނަމަ އެފަދަ ނުކުތާ ކޯޓުން ބަލައިގަތުމަކީ ދުރުކަމެކެވެ.
HN8 ބަންދާމެދު ނިންމުމަކީ ފަނޑިޔާރުގެ އިޚްތިޔާރަށް ޤާނޫނުން ދޫކޮށްލާފައިވާ ކަމަކަށްވާއިރު، 15 ވަނަ ޕެރެގްރާފުގައިވާ އިސްތިސްނާ ޙާލަތެއް އޮތްކަން ނުދައްކާ ހުށަހަޅާ އިސްތިއުނާފެއް ބަލައިނުގަނެވޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސްނުއްސުޢޫދު، ޑރ. އަޒްމިރާލްދާ ޒާހިރު، މަޙާޒު ޢަލީ ޒާހިރު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަޙާޒު ޢަލީ
ޒާހިރު ތާއީދު ކުރައްވާފައި) ތައާރުފު
1މި މައްސަލައަކީ، އޚމ (މީގެ ފަހުން ބައެއް ތަންތަނުގައި "ކުއްޖާ" ކަމަށް ހަވާލާދީފައިވާ) އިތުރު މީހަކާ ބައިވެރިވެގެން، 13 އަހަރުގެ އެހެން ކުޑަ ފިރިހެން ކުއްޖަކު ރަހީނުކޮށް، އެ ކުއްޖާގެ ނުރުހުމުގައި އެ ކުއްޖާ ތަނެއްގައި ހިފަހައްޓައި، އެ ކުއްޖާއަށް އަނިޔާކޮށް މަރާލައި، އެ ކުއްޖާގެ ހަށިގަނޑު ފޮއްޓަކަށް ލައި، މޫދަށް ފައްތާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތަތީ އާއި، މުޖުތަމައުގެ ސަލާމަތަށްޓަކައި ޝަރިއަތް ނިމެންދެން އޚމ ބަންދުގައި ބެހެއްޓުމަށް ޖުވެނައިލް ކޯޓުން ނެރެފައިވާ އަމުރަކާ ގުޅޭ މައްސަލައެކެވެ. ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ 59 ވަނަ މާއްދާގެ (ބ) ގެ ދަށުން ކުޑަކުއްޖެއްގެ މައްޗަށް ނެރޭ ބަންދުގެ މިފަދަ އަމުރުތަކަކީ ކޮންމެ 15 ދުވަހަކުން ކޯޓުން މުރާޖައާ ކުރަންޖެހޭ އަމުރުތަކެކެވެ.
ކަންހިނގާފައިވާ ގޮތް
2އޚމ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރީ ކ.ހިންމަފުށީ އައްސޭރި ޖަލުގައި ގާއިމްކޮށްފައިވާ ކުޑަކުދިންނަށް ޚާއްސަ ޖަލުގައެވެ.
3ޖުވެނައިލް ކޯޓުން ޖަލުގެ ހާލަތު އިތުރަށް ބެލިއިރު، އެ ޖަލަކީ ކުޑަކުދިން ބަންދުކުރާ ޖަލެއްގައި ހުންނަންޖެހޭނެ ކަމަށް ބައިނަލްއަގްވާމީ މުއާހަދާތަކުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ހުރި ތަނެއް ކަމަށް ނުވާތީ، އޚމ ޝަރުޠުތަކާއެކު ގޭބަންދަށް ބަދަލުކުރުމަށް 09 ނޮވެންބަރު 2021 ދުވަހު ޖުވެނައިލް ކޯޓުގެ ނަންބަރު AM/2021/01/(42,43,44-2021)/147-B4 އަމުރުން ކަނޑައަޅާފައިވެއެވެ.
4ކުޑަކުދިންނަށް ޚާއްސަ ޖަލުގައި އޚމ ބަންދުކުރުމުގެ ބަދަލުގައި، އޚމ ގޭ ބަންދުގައި ހުރި ހުރުން ޖުވެނައިލް ކޯޓުގެ 147-B4/AM/2022/03 އަމުރުން ދަމަހައްޓަން ނިންމާފައިވާތީ، އެ އަމުރު ޕްރޮސިކިއުޝަނުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން، އެ އަމުރަށް ބަދަލު ގެންނަން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް ދިވެހިރާއްޖޭގެ ހައި ކޯޓުގެ ނަންބަރު 2022/HC-B12/14 (23 ފެބްރުއަރީ 2022) ގަޒިއްޔާއިން ކަނޑައަޅާފައިވެއެވެ.
5ހައި ކޯޓުގެ ނަންބަރު 2022/HC-B12/14 (23 ފެބްރުއަރީ 2022) ގަޒިއްޔާ ޕްރޮސިކިއުޝަނުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/26 (16 މާޗް 2022) ގަޒިއްޔާއިން، ހައިކޯޓުގެ އެ ގަޒިއްޔާގެ 28 ވަނަ ޕެރެގްރާފުން ފެށިގެން 30 ވަނަ ޕެރެގްރާފުގެ ނިޔަލަށް ހުރި ނުކުތާތައް ބާތިލުކޮށް، ކުޑަކުދިން ބަންދުކުރުމާބެހޭ ގޮތުން ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ 59-1 ގައި ބަޔާންކުރާ އިޚްތިޔާރު ފަނޑިޔާރު ބޭނުންކުރުމުގައި ބަލަންވީ ކަންކަމުގެ އިރުޝާދު ސުޕްރީމް ކޯޓުން ދީފައިވެއެވެ.
6ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/26 (16 މާޗް 2022) ގަޒިއްޔާގެ އަލީގައި، އޚމގެ ބަންދު އަލުން މުރާޖައާ ކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޖުވެނައިލް ކޯޓުގައި އެދުމުން ޖުވެނައިލް ކޯޓުން ނިންމި ނަންބަރު 147-B4/AM/2022/06 (22 މާޗް 2022) ނިންމުމުގައި ކަނޑައަޅާފައިވަނީ މައްސަލައިގައި ކަންހިނގާފައިވާ ގޮތަށާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/26 (16 މާޗް 2022) ގަޒިއްޔާއިން ކަނޑައަޅާފައިވާ އުޞޫލު ތަތުބީގުކޮށް ނަޒަރުކުރިއިރު، ޖުވެނައިލް ކޯޓުގެ ނަންބަރު 147-B4/(42,43,44-2021)/AM/2021/01 (9 ނޮވެމްބަރު 2021) އަމުރުން ކުއްޖާ ގޭގައި ބަންދުކުރުމަށް ނިންމާފައިވާ ނިންމުމަށް ބަދަލުގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
7ހައި ކޯޓުގެ ނަންބަރު 2022/HC-B12/34 (11 އެޕްރީލް 2022) ގަޒިއްޔާއިން ޖުވެނައިލް ކޯޓުގެ ނަންބަރު 147-B4/AM/2022/06 (22 މާޗް 2022) ނިންމުމަށް ތާއީދުކޮށްފައި ވެއެވެ. އަދި ހައި ކޯޓުގެ ނަންބަރު 2022/HC-B12/34 ގަޒިއްޔާއިން ނިންމި ނިންމުން އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މި ކޯޓަށް ހުށަހަޅާފައި ވާތީވެ، މިއީ އެ އިސްތިއުނާފުގެ މައްސަލަބެލެވޭ ގަޒިއްޔާއެވެ އިސްތިއުނާފީ ނުކުތާ
8ހައި ކޯޓުގެ ނަންބަރު 2022/HC-B12/34 (11 އެޕްރީލް 2022) ގަޒިއްޔާ އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި ހުށަހެޅުމުގައި ބުނެފައިވަނީ މި މައްސަލައިގައި ހިމެނޭ އޚމގެ ބަންދާމެދު ޖުވެނައިލް ކޯޓުން ގޮތެއް ނިންމިއިރު، ކުޑަކުދިންނަށް ޚާއްސަ ޖަލުގައި އެކުއްޖާ ބަންދުކުރުމުގެ ބަދަލުގައި އެކުއްޖާ ގޭބަންދުގައި ބެހެއްޓުމަށް ޖުވެނައިލް ކޯޓުން ނިންމީ، މިބާވަތުގެ މައްސަލަތަކުގައި ރިއާޔަތް ކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/26 (16 މާޗް 2022) ގަޒިއްޔާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތް ކުރުމެއް ނެތި ކަމަށެވެ. އިސްތިއުނާފުގެ މައްސަލަތަކުގައި ގިރާކުރަންޖެހޭ އޮޅިގަނޑު
9HN1ޝަރިއަތްކުރާ ފުރަތަމަ މަރުހަލާގައި އިއްވާ ހުކުމްތަކާއި ނިންމާ ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށްޓަކައި އިސްތިއުނާފުކުރާ ފަރާތުން ގިރާކުރަންޖެހޭ ގާނޫނީ އޮޅިގަނޑު ބަޔާންކޮށްފައިވަނީ ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް މައްސަލައިގައެވެ. އެ މައްސަލަ ނިންމުމުގައި ބުނެފައިވަނީ ތިރީގައިމިވާ ގޮތަށެވެ. "ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 43 ވަނަ މާއްދާއަށް ބަލާއިރު، މައްސަލަ ބަލާ ފަނޑިޔާރު ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފަނުވާކަމަށް ބުނާބުނުމަކުން، ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވެއެވެ."2)
10HN2އެ މައްސަލައިގައި އިތުރަށް ސުޕްރީމް ކޯޓުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ ދަށުން އިސްތިއުނާފުކުރުމުގެ ހުއްދަ ކޯޓުން ދޭންވާނީ، ހަމައެކަނި އިސްތިއުނާފަށް ހުށަހެޅުމަށް ހުއްދަދޭ އޮޅިގަނޑު ގިރާކުރެވޭ މައްސަލަތަކުގައި އެކަނި ކަމަށެވެ. އަދި އިސްތިއުނާފީ ދައުވާއަކީ އިސްތިއުނާފުކުރުމުގެ ހުއްދަ ކޯޓުން ދޭންޖެހޭ އޮޅިގަނޑު ގިރާކުރާ މައްސަލައެއް ކަމަށް ކަނޑައަޅާނީ އިސްތިއުނާފުކުރަން ހުށަހަޅާފައިވާ ނުކުތާގައި އިސްތިއުނާފަށް ހުށަހަޅައިގެން ކާމިޔާބުކުރެވޭނޭ ކަމުގެ އެކަށީގެންވާ ފުރުސަތެއް އޮތް ގާނޫނީ ބަހުސެއް ހިމެނޭކަން އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިވާ ނަމަ ކަމުގައި އެ މައްސަލައިގެ ނިންމުމުގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވެއެވެ. އެ އޮޅިގަނޑު ގިރާނުކުރެވޭ މައްސަލަތަކުގައި އިސްތިއުނާފުކުރުމުގެ ހުއްދަ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ނުދިނުމަކީ ކޯޓުތަކުގެ ރަޖިސްޓްރާ އާއި ފަނޑިޔާރުންގެ ގާނޫނީ ޒިންމާއެއް ކަމަށް ވެސް ސުޕްރީމް ކޯޓުން އެ މައްސަލައިގައި އިތުރަށް ކަނޑައަޅާފައި ވެއެވެ. އިސްތިއުނާފުކުރުމުގައި ގިރާކުރަންޖެހޭ މި ބަޔާންކުރެވުނު އޮޅިގަނޑަކީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާ މައްސަލަތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ވެސް ގިރާކުރަންޖެހޭ މިންގަނޑެވެ. އިސްތިއުނާފުކުރުމުގެ ހަމަތައް މި މައްސަލައަށް ތަތުބީގުކުރުން
11HN3ޖުވެނައިލް ކޯޓުގެ ނަންބަރު 147-B4/AM/2022/06 (22 މާޗް 2022) ނިންމުން އިސްތިއުނާފުކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅީ އެންމެ އިސްތިއުނާފީ ނުކުތާއެކެވެ. އެއީ، އޚމ ގޭބަންދުގައި ބެހެއްޓުމަށް ޖުވެނައިލް ކޯޓުން ނިންމީ، ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި މިބާވަތުގެ މައްސަލަތަކުގައި ރިއާޔަތްކުރަންޖެހޭކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2022/SC-A/26 (16 މާޗް 2022) ގަޒިއްޔާގައި ބަޔާންކޮށްފައިވާ ކަންކަމަށް ފުރިހަމައަށް ރިއާޔަތް ކުރުމެއް ނެތި ކަމަށް ބުނާ ނުކުތާއެވެ. އެ ނުކުތާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ހައިކޯޓުގެ ނަންބަރު 2022/HC-B12/34 (11 އެޕްރީލް 2022) އިސްތިއުނާފުގެ ގަޒިއްޔާގައި ކަނޑައަޅާފައިވަނީ ޖުވެނައިލް ކޯޓުގެ ނަންބަރު 147-B4/AM/2022/06 (22 މާޗް 2022) ނިންމުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2022/SC-A/26 (16 މާޗް 2022) ގަޒިއްޔާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށްގެން ކަމަށެވެ. ހައިކޯޓުގެ ނަންބަރު 2022/HC-B12/34 (11 އެޕްރީލް 2022) ގަޒިއްޔާގައި މި ގޮތަށް ކަނޑައަޅާފައި ވަނިކޮށް ހައިކޯޓުގެ މި ބަޔާންކުރިގޭގަޒަޕޯޕީއާ އިސްތިއުނާފުކުރުމަށް މި މައްސަލައިގައި މިހާރު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ވެސް ހުށަހެޅި ނުކުތާއެވެ. އަކުރުންއަކުރަށް އެއްގޮތަށެވެ. އެހެނީ މި ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާގައިވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ އޚމ ގޭބަންދުގައި ބެހެއްޓުމަށް ޖުވެނައިލް ކޯޓުން ނިންމީ، ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ 59 ވަނަ މާއްދާއާއި މިބާވަތުގެ މައްސަލަތަކުގައި ރިއާޔަތްކުރަންޖެހޭކަމަށް ސުޕްރީމް ކޯޓުގެ 2022/SC-A/26 ގަޒިއްޔާގައި ބަޔާންކޮށްފައިވާ ކަންކަމަށް ފުރިހަމައަށް ރިއާޔަތް ކުރުމެއް ނެތި ކަމަށެވެ. އެ މިންވަރަށް ބުނުމަކުން ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ގާނޫނުގެ 16 ވަނަ މާއްދާ އަދި 43 މާއްދާގައި ބަޔާންކުރާ މިންވަރު ހާސިލުނުކުރެވެއެވެ.
12ވީމާ، މި ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް މައްސަލައިގައި ބަޔާންކޮށްފައިވާ ފަދައިން އިސްތިއުނާފުކުރަން ހުށަހަޅާފައިވާ ނުކުތާގައި އިސްތިއުނާފަށް ހުށަހަޅައިގެން ކާމިޔާބުކުރެވޭނޭ ކަމުގެ އެކަށީގެންވާ ފުރުސަތެއް އޮތް ގާނޫނީ ބަހުސެއް ހިމެނޭކަން މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާގައި ބުނެދެވިފައި ނުވާތީވެ، މި މައްސަލަ އަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭ މައްސަލައެއް ކަމަށް ނުދެކެމެވެ. އިސްތިއުނާފުގެ މައްސަލަތައް ބަލައިގަތުމުގައި ކޯޓުތަކުން ރިއާޔަތްކުރަންޖެހޭ ހަމަތަކުގެ ތަފްސީލު
13HN4އިސްތިއުނާފުކުރުމުގައި ރިއާޔަތްކުރަންޖެހޭނެ އެއް ކަމަކީ އެ އިސްތިއުނާފު ބިނާކުރަން ގަސްތުކުރަނީ ވާގިއާއެއް ސާބިތުކުރި ގޮތާމެދު ކަން ނުވަތަ ގާނޫނު މާނަކޮށް ތަތުބީގުކުރި ގޮތާމެދުގައި ކަން ނުވަތަ ދަށު ކޯޓުގެ ފަނޑިޔާރަކު އޭނާއަށް ގާނޫނުން ދީފައިވާ އިޚްތިޔާރެއް ފަނޑިޔާރު ބޭނުންކުރި ގޮތާމެދުގައި ތޯއެވެ. މިއިން ކޮންމެ ކަމެއް އިސްތިއުނާފުކުރި ނަމަވެސް ފުރަތަމަ ސަމާލުކަން ދޭންވާނީ އެކަމެއް ދަށު ކޯޓުން ނިންމާފައިވާ ގޮތް އިސްތިއުނާފީ ކޯޓުން ބަދަލުކުރުމުގެ ފުރުސަތު އޮތީ ކިހާ މިންވަރަކަށްތޯއެވެ. ދަށުކޯޓަކީ ވާގިއާތައް ސާބިތުކޮށް ކަށަވަރުކުރުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގައި ކަނޑައަޅާފައިވާ މަރުހަލާ އެވެ. ހެއްކެއްގެ ހެކި ބަހުގެ މައްޗަށް ނުވަތަ ކިތާބީ ހެއްކެއްގެ މައްޗަށް ނުވަތަ އެނޫންވެސް ބާވަތެއްގެ ހެއްކެއްގެ މައްޗަށް ބިނާކޮށް ދަށުކޯޓުން ސާބިތުވާކަމަށް ކަނޑައަޅާފައިވާ ވާގިއާއެއް ނުވަތަ ކަށަވަރުކޮށްފައިވާ ވާގިއާއެއް އިސްތިއުނާފީ ކޯޓުން ބަދަލުކުރުމަކީ ވަރަށް އިސްތިސްނާ ހާލަތެއްގައި މެނުވީ އިސްތިއުނާފީ ކޯޓުން ކުރާނެ ކަމެއް ނޫނެވެ. އެހެންކަމުން، ވާގިއާއެއް ސާބިތުކޮށްފައިވާ ގޮތުގެ މައްޗަށް ސުވާލުއުފައްދައި ކުރެވޭ އިސްތިއުނާފެއް ކާމިޔާބު ވުމުގެ ފުރުސަތު އޮންނާނީ ވަރަށް އިސްތިސްނާއީ ހާލަތެއްގައި ވަރަށް ހަނި ދާއިރާއެއްގައި ކަމަށް ވާތީވެ، މުވައްކިލުގެ މަސްލަހަތަށްޓަކައި މުވައްކިލަށް އެކަމުގެ ލަފާދިނުމަކީ ވަކީލުންގެ ޒިންމާއެކެވެ.
14HN5އިސްތިއުނާފީ ނުކުތާ ބިނާކޮށްފައިވަނީ ގާނޫނީ ނުކުތާއެއްގެ މައްޗަށް ކަމުގައިވާ ނަމަ އިސްތިއުނާފު ކާމިޔާބުވުމުގެ ފުރުސަތު ބޮޑެވެ. އެހެނީ ގާނޫނު ތަތުބީގުކުރުމާއި މާނަކުރުމަކީ އޭގެ ޒާތުގައި ވަރަށް ފަސޭހައިން ގޯހެއް ހެދިފައި އޮވެދޭނެ ކަމެކެވެ.
15HN6އިސްތިއުނާފީ ނުކުތާ ބިނާކޮށްފައިވަނީ، ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށްގެން އެ މައްސަލައެއްގެ ވަށައިގެންވާ ހާލަތުތަކާއި ކަންކަމަށް ރިއާޔަތްކޮށްގެން ދަށު ކޯޓުގެ ފަނޑިޔާރު އިޚްތިޔާރުކޮށް ގޮތެއް ކަނޑައަޅަންޖެހޭ، ކަމެއްގެ މައްޗަށް ކަމަށްވާނަމަ، ދަށުކޯޓުގެ ފަނޑިޔާރު އެ އިޚްތިޔާރު ބޭނުންކުރި ގޮތުގެ މައްޗަށް ވަނުމަކީ މަދު ހާލަތެއްގައި މެނުވީ އިސްތިއުނާފީ ކޯޓުން ކުރާނޭ ކަމެއް ނޫނެވެ. އެފަދަ އިޚްތިޔާރެއްގެ މައްޗަށް އިސްތިއުނާފީ ކޯޓަކުން ވަންނަންވާނީ ހަމައެކަނި އަންނަނިވި ފަދަ ހާލަތެއް އޮތް ނަމައެވެ.
(ހ) ދަށުކޯޓުގެ ފަނޑިޔާރު ގޮތް ނިންމީ ރަނގަޅު ނޫން އުސޫލަކަށް ބިނާކޮށްގެން ކަމަށް ވުން، ނުވަތަ ދަށުކޯޓުގެ ފަނޑިޔާރު އިޚްތިޔާރުކުރި ގޮތް ނިންމުމުގައި ކަމާނުބެހޭ ކަންކަމަށް ރިއާޔަތްކޮށްފައި ވުން؛
(ށ) ދަށުކޯޓުގެ ފަނޑިޔާރު އިޚްތިޔާރުކުރި ގޮތް ނިންމުމުގައި ރިއާޔަތްކުރި ވާގިއާތަކުގެ ހަގީގަތް ދަށުކޯޓުގެ ފަނޑިޔާރަށް އޮޅިފައި އޮތުން؛
(ނ) ދަށުކޯޓުގެ ފަނޑިޔާރު އިޚްތިޔާރުކުރި ގޮތް ނިންމުމުގައި މައިގަނޑު ވާގިއާއަކަށް ނުވަތަ ކަމަކަށް ރިއާޔަތްކޮށްފައި ނެތުން؛
(ރ) ދަށުކޯޓުގެ ފަނޑިޔާރު އިޚްތިޔާރުކުރި ގޮތުގެ ސަބަބުން އެކަށީގެންނުވާ ކަމެއް ނުވަތަ ބޭއިންސާފެއް މެދުވެރިވެފައި އޮތުން.
16HN7ދަށު ކޯޓުން މައްސަލަ ބެލުމުގައި ހަދާފައިވާ އިޖްރާއީ ގޯހެއް ނުވަތަ އިޖުރާއީ އައިބެއް ނުވަތަ އުނިކަމެއް އިސްތިއުނާފުކުރާ ނަމަ، އެ އިޖުރާއީ އައިބުގެ ނުވަތަ އުނިކަމުގެ ނުވަތަ ގޯހުގެ ސަބަބުން އަދުލުއިންސާފު ގެއްލުނު ގޮތް އެ އިސްތިއުނާފީ ނުކުތާގައި ބުނެދޭން ވާނެއެވެ. އެހެން ނޫންނަމަ އެފަދަ އިސްތިއުނާފީ ނުކުތާތައް ކޯޓުން ބަލައިގަތުމަކީ ދުރުކަމެކެވެ.
17މަތީގައި ބަޔާންކުރި ކަންތައްތަކަށް ރިއާޔަތްކޮށް އިސްތިއުނާފުކުރުމުގައި ރިއާޔަތްކުރަން ޖެހޭނެ ކަމަކީ އެ ހުށަހަޅާ ނުކުތާ އިސްތިއުނާފަށް ހުށަހެޅިގެން މައްސަލައިގެ ހުކުމް ބަދަލުވުމުގެ ނުވަތަ މައްސަލަ ކާމިޔާބުވުމުގެ ފުރުސަތު އޮތީ ކިހާ މިންވަރަކަށްތޯއެވެ.
ނިންމަން ފެންނަ ގޮތް
18HN8މި މައްސަލައިގައި ދަށު ކޯޓުން އަދި ހައިކޯޓުން މައްސަލަ ނިންމީ ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ 59 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2022/SC-A/26 ގަޒިއްޔާގައި ބަޔާންކޮށްފައިވާ ކަންކަމަށް ފުރިހަމައަށް ރިއާޔަތް ނުކޮށް ކަމަށް އިސްތިއުނާފީ ނުކުތާގައި ބުނެފައިވީ ނަމަވެސް، ދަށުކޯޓުން ނުވަތަ ހައިކޯޓުން ގާނޫނު މާނަކުރުމުގައި ނުވަތަ ގާނޫނު ތަތުބީގުކުރުމުގައި ގޯހެއް ހަދާފައިވާ ކަމުގެ ބޮޑު ގާނޫނީ ބަހުސެއް (މައްސަލަ ކާމިޔާބުކުރެވޭ މިންވަރުގެ ބަހުސެއް) މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ނުކުތާގައި ބުނެދެވިފައިވާ ކަމަށް އަހުރެން ނުދެކެމެވެ. މީގެ އިތުރުން، އިސްތިއުނާފު ކުރެވިފައިވަނީ ދަށުކޯޓުގެ މަރުހަލާގައި ޝަރިއަތްކުރާ ފަނޑިޔާރުގެ ނުވަތަ ބަންދާމެދު ގޮތެއް ނިންމާ ފަނޑިޔާރުގެ އިޚްތިޔާރަށް ގާނޫނުން ދޫކޮށްލާފައިވާ ކަމެއް ކަމަށްވާއިރު، މި ރައުޔުގެ 15 ވަނަ ޕެރެގްރާފުގެ
(ހ) އިން (ރ) ގެ ނިޔަލަށް ހުރި އަކުރުތަކުގައިވާ އިސްތިސްނާ ހާލަތެއް މި މައްސަލައިގައި އޮތްކަން އިސްތިއުނާފުކުރި ފަރާތަށް މި މައްސަލައިގައި ބުނެދެވިފައި ނުވެއެވެ. އެހެންކަމުން، މި އިސްތިއުނާފީ މައްސަލަ ބަލައިގަތުމަށް އަހުރެންނަށް ނުފެނެއެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު
18. މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
19މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/34 ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ. މި ގަޒިއްޔާ ބަލައި ޙުކުމް ކުރީ:
ފުޓްނޯޓު
- 2019/SC-L/91. 2 އބމ. ޕެރެގްރާފް 10.
- 2019/SC-L/91
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާ އާއި 43 ވަނަ މާއްދާ
- ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 59 ވަނަ މާއްދާ (59 ވަނަ މާއްދާގެ (ބ) އާއި 1-59 ވަނަ މާއްދާ)
- 2019/SC-L/91 (އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް)
- 2022/SC-A/26
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.