ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަހްމަދު ޝަރީފް (އެޑްރެސް އުނިކޮށްފައި)
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ކޯޓުގެ ނަން ސިއްރު ކުރެވިފައި xxx
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޤާނޫނު ނަންބަރު 12/2009 ގެ 9 (ށ) ގެ ދަށުން އިތުބާރު ކުރެވޭ މަޤާމެއްގައި (މުދައްރިސެއްގެ ގޮތުގައި) ހުރެ ކުޑަކުދިންނާމެދު ޖިންސީ ޢަމަލު ހިންގުމުގެ ދަޢުވާ ސާބިތުނުވާކަމަށް ދަށުކޯޓުން ނިންމުމުގައި، 47 ވަނަ މާއްދާގެ ހެކި ވަޒަންކުރުމުގެ ހަމަތަކާއި ސުޕްރީމް ކޯޓުގެ ނިންމުންތައް ރަނގަޅަށް ތަޠުބީޤުކޮށްފައިވޭތޯ، އަދި ކުށުގެ މަޢުނަވީ ރުކުން ފުރިހަމަވޭތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ޙުކުމް ބާޠިލު؛ ކުށް ސާބިތުކޮށް 15 އަހަރުގެ ޖަލު އަދަބު ކަނޑައެޅި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޚާއްޞަ ޤާނޫނުގެ 47 ވަނަ މާއްދާގައިވާ 5 ބާވަތުގެ ހެކި ކޮންމެހެން ހަމަވުން ލާޒިމެއް ނޫނެވެ. ކުއްޖާގެ ކިޔައިދިނުމަކީ އަސާސްކަމުގައި ބަލައި، އެއީ އެތެރެފުށުން (internal consistency - ތެދުބަހުން ކިޔައިދޭ މީހަކު ދޭނެފަދަ ތަފްޞީލު ހުރުން) އަދި ބޭރުފުށުން (external consistency - ފެނުނު، އިވުނު މީހުންގެ ބަހާއި އެހެން ހެކިތަކާ އެއްގޮތްވުން) އެއްގޮތް، އާދަޔާ ޚިލާފަށް ތެދު ކިޔައިދިނުމެއްތޯ ވަޒަންކޮށް ޤާނޫނުއަސާސީގެ 51 (އ) ގެ މިންގަނޑަށް ކުށް ސާބިތުކުރެވިދާނެއެވެ (2019/SC-A/77، 2020/SC-A/94).
HN2 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ޤާނޫނުގެ މަޤްޞަދަކީ ކުދިން ޝަރީޢަތަށް ހާޒިރުނުކުރުމެވެ؛ އެކަމަށް ޤާނޫނުން ދީފައިވަނީ ހަނި ފުރުޞަތެކެވެ (2024/SC-A/05).
HN3 އެއް ތުހުމަތުކުރެވޭ ފަރާތަކު ގިނަ ކުދިންނާމެދު ޢަމަލު ހިންގިކަމަށް ދަޢުވާކުރާއިރު، ކޮންމެ ކުއްޖަކާމެދު ކުރި ޢަމަލަކީ ވަކި ޢަމަލަކަށްވާތީ ހެކި ވަޒަންކުރަންޖެހޭނީ ކޮންމެ ކުއްޖެއްގެ ބައި ވަކިންނެވެ.
HN4 އިސްތިއުނާފުގައި ދަށުކޯޓުން ތަފްޞީލުކޮށް ވަޒަންކޮށްފައިވާ ހުރިހާ ހެއްކެއް އަލުން ނަކަލުކޮށް މުޅި މައްސަލައަށް ގޮތް ކަނޑައެޅުމުގެ ބަދަލުގައި ބަލަންވާނީ އިސްތިއުނާފީ ނުކުތާގެ ތަރަހައިންނެވެ. ނަމަވެސް ޤާނޫނީ ހަމަތައް ތަޠުބީޤުކުރުމާއި ހެކިތަކަށް ރިޢާޔަތްކުރުމުގައި ގޯސްވެ އިންސާފަށް ހުރަސްއެޅިއްޖެނަމަ އިސްތިއުނާފީ ކޯޓުން ދަށުކޯޓުގެ ނިންމުން ބަދަލުކުރެވިދާނެއެވެ (2022/SC-A/51).
HN5 ކުދިންގެ ކުލާހުގެ ތިބި އެހެން ކުދިންނަށް (ފިރިހެން ކުދިންނަށް) ޢަމަލުތައް ނުފެނުމާއި، ކޮންމެ ކުއްޖަކަށް އެއް ޢަމަލަކީ ޖިންސީ ޢަމަލެއްކަމަށް އެއްގޮތަކަށް ދޭހަނުވުމަކީ، ތަފްޞީލު ހުރި ކިޔައިދިނުމެއްގައި އެތެރެފުށުގެ އެއްގޮތްކަން ނެތްކަމަށް ބެލުމަށް ފުދޭ ސަބަބެއް ނޫނެވެ. އެއް ކުއްޖެއްގެ ބަހުގައި ހުރި ފުށުއެރުމަކަށް ބިނާކޮށް އެހެން ހުރިހާ ކުދިންގެ ބަސް ނަފީ ނުކުރެވޭނެއެވެ.
HN6 ކުއްޖެއްގެ މިޒާޖު ތަފާތުކަމަކީ، ހަދަހަދައިގެން ވާހަކަ ދައްކާނެ ސަބަބެއް ނެތްހިނދު، ކުއްޖާގެ ބަސް އެއްފަރާތްކުރުމަށް ނުވަތަ ބުރަދަން ދަށްކުރުމަށް އިންސާފުވެރި ސަބަބެއް ނޫނެވެ؛ ހަރުދަނާ ސަބަބެއް ނެތި އެފަދަ ބަސް އެއްފަރާތްކުރުމަކީ އެފަދަ ކުދިންނާމެދު ގޯނާކުރުމަށް ހިތްވަރުދިނުމަކަށް ވެދާނެތީ ޝަރީޢަތުން ފަރުވާތެރިވާންޖެހެއެވެ.
HN7 "ޖިންސީ ޢަމަލު" (ޚާއްޞަ ޤާނޫނުގެ 60 (ރ)) ގެ މަޢުނަވީ ރުކުން ބަލަނީ އެކަށީގެންވާ މީހެއްގެ (reasonable man) ވިސްނުމުން ވިސްނާއިރު ޝަހުވާނީ ނިޔަތުގައި ކުރިކަމަށް ޤަބޫލުކުރެވޭ ޢަމަލެއްތޯ ނުވަތަ އެހެން މަޤްޞަދެއްގައި ކުރިކަމަށް ނުބެލެވޭ ޢަމަލެއްތޯއެވެ. ޖިންސީ ގުނަވަންތަކުގައި ހިފުން ފަދަ ޢަމަލުތަކަކީ ސީދާ އެ ޢަމަލުތަކުންވެސް ޖިންސީ ނިޔަތް ދޭހަކޮށްދޭ ޢަމަލުތަކެއް ކަމުން، ތުހުމަތުކުރެވޭ ފަރާތުގެ އިވުމާއި ފެނުމުގެ އުނިކަމަކުން ހިނގާފާނެ ކަމެއް ކަމަށް ނުބެލެވޭނެއެވެ.
HN8 އަދަބު ކަނޑައެޅުމުގައި ދެފަރާތުގެ ވާހަކައާއި ކަންހިނގި ގޮތާއި، ކުރީގެ ކުށުގެ ރެކޯޑެއް ނެތުމަށް ރިޢާޔަތްކޮށް، 9 ވަނަ މާއްދާގެ (ށ) ގެ ދަށުން 15-18 އަހަރުގެ ޖަލު އަދަބުގެ ތެރެއިން އެންމެ ދަށު މިންވަރު (15 އަހަރު) ކަނޑައެޅިއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޞަފާ އިބްރާހީމް، އިބްރާހީމް ނާޞިޙް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޢަބްދުﷲ ނަޞީރު މުޙައްމަދު
- ބެންޗު
- ޙުސައިން މަޒީދު، ޙަސަން ޝަފީޢު، ފާޠިމަތު ފަރްހީޒާ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، ފާޠިމަތު ފަރްހީޒާ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1މިއީ، (ކޯޓުގެ ނަން އުނިކޮށްފައި) ކޯޓުގެ ނަންބަރު (ނަންބަރު އުނިކޮށްފައި) ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ (އެޑްރެސް އުނިކޮށްފައި) އަޙްމަދު ޝަރީފް އެވެ.
2މި މައްސަލައަކީ ކުޑަކުދިންގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ، އެ ކުޑަކުދިން ދަނެގަނެވިދާނެ އެންމެހާ މައުލޫމާތު މި ރިޕޯޓު ލިޔުމުގައި ވާނީ އުނިކުރެވިފައެވެ.
މައްސަލައިގެ ފަސްފަހަތް
3އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދައުވާ އަޙްމަދު ޝަރީފްގެ މައްޗަށް، ދައުލަތުން (ކޯޓުގެ ނަން އުނިކޮށްފައި) ކޯޓަށް ހުށަހެޅިއެވެ.
4މި ދައުވާ ކޮށްފައިވަނީ އަޙްމަދު ޝަރީފް 2016 ވަނަ އަހަރުގެ ތެރޭގައި، (ސްކޫލުގެ ނަން އުނިކޮށްފައި) ސްކޫލްގެ ޓީޗަރެއްގެ މަޤާމުގައި ހުރެ، އަޙްމަދު ޝަރީފް ކިޔަވައިދިން އެ ސްކޫލްގެ ގްރޭޑް 7 ގެ ކލާހުގު އަންހެން ދަރިވަރުންތަކަކާމެދު ޖިންސީ ޢަމަލު ހިންގާފައިވާ ކަމަށް ބަޔާންކޮށެވެ. . ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާއި، 13 ވަނަ މާއްދާގެ (މ) އާ ޙަވާލާދީ، 9 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުރި ދައުވާ ދަށުކޯޓުގެ ޙުކުމާއި، އެ ޙުކުމާ ބިނާކޮށްފައިވާ މައިގަނޑު ސަބަބުތައް
5ދަށުކޯޓުން ޙުކުމް ކޮށްފައިވަނީ އަޙްމަދު ޝަރީފްގެ މައްޗަށް ދައުވާ ސާބިތުނުވާކަމަށެވެ. އެ ޙުކުމް ބިނާކޮށްފައިވަނީ އަންނަނިވި މައިގަނޑު ސަބަބުތަކުގެ މައްޗަށެވެ.
1.5. އަޙްމަދު ޝަރީފްގެ ފަރާތުން ކުދިންނަށް ލިބިފައިވާކަމަށް ބުނާ އަނިޔާ އަންގައިދޭ ހުރިހާ ހެއްކެއް އެއް ސިނާރިއޯއަކަށ އަމާޒުކޮށް ޖުމްލަކޮށް މީހަކު ކުށްވެރިކުރުމުގެ ބަދަލުގައި، ވަކިވަކިން އެމީހަކު ކޮށްފައިވާ ކުށް ނުވަތަ ކުށްތައް ސާބިތުކޮށްދޭންޖެހޭކމަށް ދަށުކޯޓުގެ ފަނޑިޔާރަށް ޤަބޫލުކުރެވުނަ
2.5. އަނިޔާލިބުނު އެއްވެސް ކުއްޖަކާ މެދު އަޙްމަދު ޝަރީފް ޖިންސީ ޢަމަލެއް ހިނގާފައިވާކަމަށް ބާރުދޭ ޚާއްޞަ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ މިންވަރަށް 5 ބާވަތުގެ ހެކި ލިބިފައިނވުނު
3.5. އަނިޔާ ލިބުނު ކަމަށް ބުނާ ކުދިންގެ ކިޔައިދިނންތަކުގައު ގުޅުނހުރް ނަމަވެސް، އަދި ކުދިންގެ ނުނިޔަތެއް ފާހަގަވާން ނެތް ނަމަވެސް އަނިޔާލިބުނު ކަމަށް ބުނާ ކުއްޖެއްގެ ކިޔައިދިނުމުގައި އެ ކުލާހުގެ ފިރިހެން ކުދިންނަށްވެސ އަޙްމަދް ޝަރީފްގެ ފަރާތުން އެފަދަ ކަންކަމާ ކުރިމަތިލާން ޖެހޭ ކަމަށް ބުނެފައިވާއިރު، އެފަދަ ކަމެއް ހިނގާފައި ނުވާކަން ފިރިހެން ކުދިންގެ ބަހުން އެނގެން އޮތުމުން ކުދިންގެ ކިޔައިދިނުމުގއަ އެތެރެފުށް އެއްގޮތްކަމުގައި ނުފެނުން . ދަށުކޯޓުގެ ޝަރީޢަތް ނިމުނުގޮތުގައި "އަޅާކިޔުން" މި ސުރުޚީގެ ދަށުން ބަޔާންކޮށްފައިވާ 2 ވަނަ ނުކުތާ . ދަށުކޯޓުގެ ޝަރީޢަތް ނިމުނުގޮތުގައި "އަޅާކިޔުން" މި ސުރުޚީގެ ދަށުން ބަޔާންކޮށްފައިވާ 1 ވަނަ ނުކުތާ އަދި "ކުށުގެ އުންސުރުތައް" މި ސުރުޚީގެ ދަށުން ބަޔާންކޮށްފައިވާ 2 ވަނަ ނުކުތާ . ދަށުކޯޓުގެ ޝަރީޢަތް ނިމުނުގޮތުގައި "ހެކި ކޮރޮބޮރޭޓްކުރުން" މި ސުރުޚީގެ ދަށުން ބަޔާންކޮށްފައިވާ 1 ވަނަ ނުކުތާ . ދަށުކޯޓުގެ ޝަރީޢަތް ނިމުނުގޮތުގައި "ކުށުގެ އުންސުރުތައް" މި ސުރުޚީގެ ދަށުން ބަޔާންކޮށްފައިވާ 2 ވަނަ ނުކުތާ . ދަށުކޯޓުގެ ޝަރީޢަތް ނިމުނުގޮތުގައި "ކުދިންގެ ހެކިބަސް އެތެރެފުށުން އެއްގޮތްތޯ ބެލުން" މި ސުރުޚީގެ ދަށުން ބަޔާންކޮށްފައިވާ 2 ވަނަ ނުކުތާ އަދި "ހެކިބަހަކީ އާދަޔާ ޚިލާފް ތެދުކަން ކަށަވަރުކުރުން" މި ސުރުޚީގެ ދަށުން ބަޔާންކޮށްފައިވާ 1 ވަނަ ނުކުތާ
4.5. ކުލާސްރޫމުތެރޭގައި ތަކުރާރުވަމުންދިޔަ ކަމެއް ހިނގާކަން ނުވަތަ ހިނގާތަން އެތާގައި ތިބި އެހެން ކުދިންނަށް އެކަށީގެންވާ ގޮތެއްގައި އެނގިފައި ނުވަތަ ފެނިފައި ނުވުމަކީ އެއް ހެކި އަނެއް ހެއްކާ ގުޅުވާލުމަށް އޮތް ހީނަރުކަމެއްކަމުގައި ވުން
5.5. ކުށުގެ މައުނަވީ ރުކުން ފުރިހަމަވޭތޯ ބަލާއިރު، ޚާއްޞަ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ މިންވަރަށް ހެކި ލިބިފައިނެތުމާއި، އަޙްމަދު ޝަރީފްގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަން ސާބިތުވާމިންވަރަށ ހެކް ލިބިފައިވާއިރު، އަޙްމަދު ޝަރީފް އަކީ އިވުމާއި ފެނުމުގެ މައްސަލަ ހުންނަ ފަރާތަކަށް ވާތީ، އަޙްމަދު ޝަރީފްގެ އިޚްތިޔާރުގެ ބޭރުން ޖިންސީ ޢަމަލެއް ސިފަވާފަދަ ކަމެއް ހިނގާފައި އޮތުމުގެ އިހުތިމާލު އޮތުން، މިއެވެ.
6ދަށުކޯޓުގެ ޙުކުމުގެ އިބާރާތުގައި ވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، ބުނެވިދިޔަ ސަބަބުތައް އެހެން ހުރުމުން، ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާއި، 13 ވަނަ މާއްދާގެ
(މ) އާ ހަވާލާދީ، 9 ވަނަ މާއްދާގެ (ށ) ގެ ދަށުން "އިތުބާރު ކުރެވު މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލް ހިންގުން" މި ކުށުގެ ދަޢުވާ ... އަޙްމަދު ޝަރީފްގެ މައްޗަށް ދައުލަތުން ކޮށްފައިވާ މި މައްސަލާގައި، ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞލުތަކަކަށޫ ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މިންވަރަށް ޝަރީޢަތަށް ސާބިތުނުވާކަމަށް ޙުކުމްކޮށްފީމެވެ."
7އެ ޤަޟިއްޔާގެ ޙުކުމާމެދު ހިތްހަމަނުޖެހިގެން ދައުލަތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެވެ. . ދަށުކޯޓުގެ ޝަރީޢަތް ނިމުނުގޮތުގައި "ހެކި ކޮރޮބޮރޭޓްކުރުން" މި ސުރުޚީގެ ދަށުން ބަޔާންކޮށްފައިވާ 1 ވަނަ ނުކުތާ . ދަށުކޯޓުގެ ޝަރީޢަތް ނިމުނުގޮތުގައި "ކުށުގެ އުންސުރުތައް" މި ސުރުޚީގެ ދަށުން ބަޔާންކޮށްފައިވާ 3 ވަނަ ނުކުތާ . އެޑްރެސް އުނިކޮށްފައި އިސްތިއުނާފީ ނުކުތާ
8މި މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލގް ފަރާތުން ހުށަހަޅާފައިވަނީ 1 (އެކެއް) އިސްތިއުނާފީ ނުކުތާއެވެ. • އެ ނުކުތާ އަކީ: ދަށު ކޯޓުގެ ޤަޟިއްޔާއަކީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ މިންވަރަށް ހެކިބަސް ލިބިފައިވަނިކޮށް އެ ހެކިތަކަށް ރަނގަޅަށް ރިޢާޔަތްކުރުމެއްނެތި، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި "މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ" ކަމަށް ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
އިސްތިއުނާފުކުރާ ފަރާތުގެ ވާހަކަ އަދި އެދޭގޮތް
9މި އިސްތިއުނާފުގައި ހެކިތަކަށް ރަނގަޅަށް ރިޢާޔަތްނުކުރާ ކަމަށް ބުނާ ބުނުމުގައި ދައުލަތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ޝަރީޢަތަށް އެކުދިންގެ ބަސް ލިބިފައިވާ ހުރިހާ އަންހެން ކުދިންގެ ބަހުންވެސް އަޙްމަދު ޝަރީފް އެކުދިންނަށް ކޮންމެވެސް ގޮތަކުން ޖިންސީ ގޯނާކޮށްފައިވާކަން އެނގޭ ކަމަށެވެ. އަދި އެކުދިންގެ ބަސް ލިބިފައިނުވާ ކުދިންގެ ތަހުޤީޤު ކިޔައިދިނުމަށް ބެލިނަމަވެސް މިކަން ސާފުވާކަމަށެވެ. މީގެ އިތުރުން އެއްކުއްޖަކު އަނެއް ކުއްޖެއްގެ ކިޔައިދިނުމުނ ދެން ތިބި ކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާކަން ވެސް އެނގެން އޮންނަ ކަމަށެވެ. އަދި ފިރިހެން ކުދިންގެ ބަހުން، އެ ކުދިންނަކީ އަންހެން ކުދިންނާ ވަކިން ކުލާހުގައ ތިބި ކުދިން ކަމާއި އަންހެން ކުދިން ކުރާ ކަންކަން އެހާ ބޮޑަށް ބަލައި ނަހަދާކަން އެނގޭ ކަމަށެވެ. އެހެންކަމުން އެ ފިރިހެން ކުދިންނަށް ކޮންމެހެން އެ މަންޒަރުތައް ނުފެނުމަކީ ކުށް ސާބިތުކުރުމަށް އޮތް ހުރަހެއް ނޫން ކަމަށެވެ.
10މި މައްސަލައިގައި އެއް ކުއްޖެއްގެ ބައިގައި 5 ބާވަތުގެ ހެކިވެސް ހަމަވާ ކަމަށެވެ. އަދި ކޮންމެ ކުއްޖެއްގެ ބައިގައި 5 ބާވަތުގެ ހެކި ހަމަނުވުމަކީ ކުށް ސާބިތުނުވާކަމަށް ނިންމޭނެ ޤާނޫނީ ހަމައެއް ނޫން ކަން މިބާވަތުގެ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކަށް ބެލުމުން އެނގޭ ކަމަށެވެ. އެ ނިންމުންތަކަށް ދަށުކޯޓުން ތަބާވުން ލާޒިމްވާއިރު، އެ ނިންމުންތަކަށް ތަބާވެފައިނުވާކަން އެނގޭކަމަށެވެ.
11އެހެންކަމުން ދައުލަތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭގޮތަކީ ދަށުކޯޓުގެ ޙުކުމް ބާޠިލްކޮށްދީ، އަޙްމަދު ޝަރީފްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައިދީ، އަދަބު ކަނޑައަޅައިދިނުން ކަމަށެވެ.
އިސްތިއުނާފުރައްދުވ ފަރާތުގާ ވާހަކަ އަދި އެދޭގޮތް
12ޖަވާބުގައި އަޙްމަދު ޝަރީފްގެ ފަރާތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ދަށުކޯޓުގައި ދައުލަތުން ކުރި ދައުވާގައި އަޙްމަދު ޝަރީފް ކުދިންގެ ގައިގައި އަތްލިނަމަ އަތްލާފައިވަނ ޖިންސީ ނިޔަތެއް އޮވެގެންކަން ސާބިތުކޮށްދޭންޖެހޭ ކަމަށެވެ. އެކަން ހުށަހެޅިފައިވާ ހެކިތަކުން ނަފީވާކަމަށެވެ. އެގޮތުން ކުލާހުގައި އަންހެން ކުދިންނާއި ފިރިހެން ކުދިން ތިބިއިރު، ހުރިހާ އަންހެން ކުދިންނާ މެދު ޖިންސީ ޢަމަލު ހިންގާ ކަމަށް ބުނާއިރު، މިއިން އެއްވެސް ކަމެއް ފިރިހެން ކުއްޖަކަށް އެނގިފައިނުވާކަން އެކުދިންގެ ހެކިބަހުން އެނގޭ ކަމަށެވެ. ފިރިހެން ކުއްޖެއްގެ ބަހަށް ބަލާއިރު، އެ ކުލާސ އަންހެން ކުދިން ފިލާވަޅު ނަހަދާތީ ނޯޓިސް ބޯޑަށް ނަން އަރުވާކަމަށް ބުނެފައިވާކަމަށާއި އެކަމާ ގުޅިގެން އަންހެން ކުދިން ހިތްހަމަނުޖެހިގެން ކުލާހުގައި އަޑުގަދަ ކުރާކަން އެނގޭ ކަމަށެވެ. ހަމައެހެންމެ މި މައްސަލައިގައި ދައުލަތުން ފާހަގަކުރާ ކަންކަން ސާބިތުވާމިންވަރުގެ ހެކިވެސް ހުށަހެޅިފައި ނުވާކަމަށެވެ. އަނިޔާލިބުނު ކުދިންގެ ތެރެއިން އެއް ކުއްޖަކީ ސިކުނޑީގެ އުނިކަމެއް ހުންނަ ކުއްޖެއްކަން އެކުއްޖާގެ މަންމަގެ ބަހުން އެނގޭ ކަމަށާއި ކުއްޖާގެ އުޅުން ހުންނަ ގޮތް އެހެން ކުދިންގެ ބަހުންވެސް ސާފުވާކަމަށެވެ. ހަމައެހެންމެ އަޙްމަދު ޝަރީފްގެ ކިބައިގައި ލޮލަށް ފެނުމުގެ އުނިކަން ހުންނަ ކަމާއި، އަޙްމަދު ޝަރީފް އަކީ ސްކޫލުގައިވެސ އެހާތަނަށް އެފަދް ކަމެއް ފާހަގަވެފައިނުވާ ކުދިންގެ ލޯބި ލިބިފައިވާ މުދައްރިސެއްކަންވެސ ހެކިތަކުން އެނގޭ ކަމަށެވެ. މި އެންމެހާ ކަންކަން މިހެން ހުރިއިރު، ހެކިތަކުގައި ހުރި ފުށުއެރުމަށ ބިނާކޮށް ކުށް ސާބިތުނުވާކަމަށް ދަށުކޯޓުން ކަނޑައެޅި ކަނޑައެޅުން ޤާނޫނީގޮތުން ގޯސް ކަމުގައި ބެލެވޭނެ ހަމައެއް ދައުލަތަށް ބުނެދެވިފައި ނުވާކަމަށެވެ.
13އެހެންކަމުން އަޙްމަދު ޝަރީފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭގޮތަކީ ދަށުކޯޓުގެ ޙުކުމް ބާޠިލްކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅައިދީ، އެ ޙުކުމް ދަމަހައްޓައިދިނުން ކަމަށެވެ. ދަށުކޯޓުގައި ކުރެވުނު ދައުވާގައި ދައުލަތުން ސާބިތުކޮށްދޭންޖެހެނީ ކޮން އުންސުރުތަކެއް؟
14އަޙްމަދު ޝަރީފްގެ މައްޗަށް ދަށުކޯޓުގައި އުފުލުނު ދައުވާ އަކީ ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު، މީގެ ފަހުން "ޚާއްޞަ ޤާނޫނު") ގެ 9 ވަނަ މާއްދާގެ (ހ) އާއި، 13 ވަނަ މާއްދާގެ (މ) އާ ޙަވާލާދީ، 9 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުރި އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދައުވާއެވެ.
15HN7މ ދައުވާގައި ޖިންސީ ޢަމަލު ހިންގުން ބަޔާންކޮށްފައިވާއިރު ޚާއްޞަ ޤާނޫނުގައި "ޖިންސީ ޢަމަލު" މާނަކޮށްދީފައިވަނީ އަންނަނިވި ފަދައިންނެވެ. "ޖިމާޢުވުން ކަމުގައިވިޔަސް، އަތްލުން ކަމުގައިވިޔަސް، އަދި އެހެން ޢަމަލެއް ހިންގުންކަމުގައިވިޔަސް، އެކަށީގެންވާ މީހެއްގެ ވިސްނުމުން ވިސްނާއިރު، އެކަމެއް އެކުރި ޝަހުވާނީ އެދުންވެރިކަމެއް ހާސިލުކުރުމުގެ ނިޔަތުގައިކަމަށް ޤަބޫލުކުރެވޭނެ ޢަމަލަށެވެ. ނުވަތަ އެ ޢަމަލެއް ހިންގި ހާލަތުގައި އެ ޢަމަލެއް ހިންގާފައިވާނ ޝަހުވާނީ މަޤްޞަދެއްނޫން އެހެން މަޤްޞަދެއް ހާސިލުކުރުމަށް ކަމުގައި ބެލެވެން ނެތް ޢަމަލަށެވެ." . ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނު ) ގެ 60 ވަނަ މާއްދާގެ (ރ)
16އެހެންކަމުން މި މައްސަލައިގައި ދައުލަތުން ސާބިތުކޮށްދޭންޖެހެނީ އިސްވެ ބުނެވުނު މާއްދާގައިވާ ފަދައިން އަޙްމަދު ޝަރީފް އަނިޔާލިބުނު ކަމަށް ބުނާ ކުދިންނާމެދު ހިންގާފައިވަނީ އެކަށީގެންވާ މީހެއްގެ ވިސްނުމުން ވިސްނާއިރު، އެކަމެއް އެކުރި ޝަހުވާނީ އެދުންވެރިކަމެއް ހާސިލުކުރުމުގެ ނިޔަތުގައިކަމަށް ޤަބޫލުކުރެވޭނެ ޢަމަލެއް ކަމެވެ. ނުވަތަ އެ ޢަމަލެއް ހިންގި ހާލަތުގައި އެ ޢަމަލެއް ހިންގާފައިވާނ ޝަހުވާނީ މަޤްޞަދެއްނޫން އެހެން މަޤްޞަދެއް ހާސިލުކުރުމަށް ކަމުގައި ބެލެވެން ނެތް ޢަމަލެއް ކަމެވެ.
17މީގެ އިތުރުން އަޙްމަދު ޝަރީފް އަކީ ޚާއްޞަ ޤާނޫނުގެ 13 ވަނަ މާއްދާގެ (މ) ގައި ބުނާ ފަދައިން އަނިޔާ ލިބުނު ކަމަށްބުނާ ކުދިން ތަޢުލީމު ހާސިލުކުރަމުންދާ ތަނުގެ މީހެއްގެ ގޮތުގައި އެ ކުދިން އިތުބާރު ކުރަންޖެހޭ މަޤާމެއްހުރި މީހެއްކަމެވެ.
18ދައުލަތުން ހައިކޯޓުގައި ކުރި ބަހުސަކީ ދަށު ކޯޓުގައި ކުރި ދަޢުވާ ސާބިތުނުވާކަމަށް ކަނޑައަޅާފައިވަނީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ މިންވަރަށް ހެކިބަސް ލިބިފައިވަނިކޮށް އެ ހެކިތަކަށް ރަނގަޅަށް ރިޢާޔަތްކުރުމެއްނެތި، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި "މަތީ މަރުޙަލާގެ ކޯޓުތަކުނާ ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ" ކަމަށް ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް ކަމަށް ބުނެ ކުރި ބަހުސެވެ. މިފަދަ މައްސަލަތަކުގައި ޝަރީޢަތުން ހެކިވަޒަންކުރުމުގެ ހަމަ
19HN1ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު)ގެ 47 ވަނަ މާއްދާގެ ދަށުން ހެކި ވަޒަންކުރުމުގައި ބަލާނެ އުސޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ކަނޑައަ ޅާފައިވެއެވެ.
20ޚާއްސަ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ 5 ބާވަތުގެ ހެކި ކޮންމެހެން ހަމަވުން ލާޒިމް ނޫން ކަމަށް ބަޔާންކޮށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ މިންގަނޑަށް ކުށް ސާބިތުވާކަމަށް ބެލެވޭނެ ހަމަ އެ ޤަޟިއްޔާގައި ތަފްސީލުކޮށްދީފައިވެއެވެ. އެގޮތުން ކުއޖް ކިޔައިދޭ ކިޔައިދިނުމަކީ އަސާސްކަމަށް ބަލައިގެން، އެ ކުއްޖާގެ ކިޔައިދިނުމަކީ އާދަޔާ ޚިލާފަށް ތެދު ކިޔައިދިނުމެއްތޯ ބަލާނެ ގޮތް އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ކުއްޖާ ކިޔައިދޭ ކިޔައިދިނުން އެތެރެފުށާއި ބޭރުފުށުން އެއްގޮތްތޯ ބަލަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. ކުއްޖާގެ ކިޔައިދިނުން އެތެރެފުށުން އެއްގޮތް ވުމަކީ (Consistency Internal) ކުއްޖާ ކިޔައިދޭ ވާހަކަތަކުގައި ތެދުބަހުން ވާހަކައެއް ކިޔައިދޭ މީހަކު ކިޔައިދޭނެފަދަ ތަފްޞީލުތައް ހުރުމެވެ. އަދި ކުއްޖާގެ ކިޔައިދިނުން ބޭރުފުށުން އެއްގޮތް ވުމަކީ ކޮބައިކަން ސީދާ އެ ޤަޟިއްޔާގައި ބަޔާންކޮށްފައި ނުވި ނަމަވެސް، އެ ސުރުޚީގެ ދަށުން ހުރި ނުކުތާތަކުގައި ހުރީ ކުއްޖާގެ ކިޔައިދިނުމަށް ބާރު ލިބޭ އެހެނިހެން ހެކިބހުގަ ސަބަބުންނާއި މައްސަލައިގައި ހުށަހެޅުނު ހެކި ޤަރީނާތަކުގެ ސަބަބުން ކުއްޖާގެ ކިޔައިދިނުން ޤަބޫލުކުރެވުމުގެ މައްޗަށް ކަންކަން ބަޔާންކޮށްފައެވެ. އަދި އ މައްސަލައިގެ ފަހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނަޞީރު މައްސަލައިގައި ބޭރު ފުށުން ހެކި އެއްގޮތް ވުމަކީ (External Consistency) ކުއްޖާއަށް ކުރިމަތިވި ކަންކަން ފެނުނު ނުވަތަ އިވުނު ނުވަތަ ނަގައިގަނެވުނު މީހަކު ދޭ ހެކިބަސް ފަދަ ހެކިބަސް އެއްގޮތްވުމާއި، އެފަދަ އެހެނިހެން ހެކިތަކުގައި އެއްގޮތް ކަމެއް ހުރުން ކަމަށް ބަޔާންކޮށްފައިވެއެވެ.
21HN2މީގެ އިތުރުން މިފަދަ މައްސަލަތަކުގައި ޤާނޫނުގެ މަޤްސަދަކީ އަދި ޤާނޫނުން ނެރެން ބޭނުންވާ ނަތީޖާ އަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކުގައި ޝަރީޢަތަށް ކުދިން ހާޟިރުނުކުރުން ކަމާއި، އެކަމަށް ޤާނޫނުން ދީފައިވަނީ ހަނި ފުރުސަތެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރިސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިލްހާމް ޢަބްދުއްރަޙްމާން ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. ދަށުކޯޓުގައި ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށހެޅަ ކޮން ހެކިތަކެއް؟
22އަޙްމަދު ޝަރީފް ކިޔަވައިދިނ އަންހެން ދަރިވަރުންތަކަކަށ ޖިންސް ގޯނާ ކޮށްފައިވާކަމަށްބުނެ ދައުލަތުން ދަށުކޯޓަށް ހުށަހެޅި ދައުވާގައި ކުށް ސާބިތުކޮށްދިނުމަށް ހުށަހަޅާފައިވަނީ އަންނަނިވި ހެކިތަކެވެ.
1.22. ތަހުޤީޤް މަރުހަލާގައި ނަގާފައިވާ، އަނިޔާލިބުނު ކަމަށް ބުނާ 5 އަންހެން ކުދިނގް ބަޔާނާއި އޯޑިއޯ 17 16 15 ވީޑިއޯ ރެކޯޑިންގ (މީގެ އިތުރުން (ކުއްޖާގެ ނަން އުނިކޮށްފައި) އާއި (ކުއްޖާގެ ނަން އުނިކޮށްފައި) ފިޔަވައި 3 އަންހެން ކުދިންގެ އިންޓަރވިއު ޝަރީޢަތަށް ނެގިފައިވެއެވެ .)
2.22. ސްކޫލުން ނަގާފައިވާ އަނިޔާލިބުނު ކަމަށް ބުނާ 5 އަންހެން ކުދިންގެ ބަޔާން
3.22. ކުލާސ ފިރިހެން ދަރިވަރެއް ކަމަށްވާ (ކުއްޖާގެ ނަން އުނިކޮށްފައި) . ދިވެހިރާއްޖޭގެ ސުޕް ރީމ ކޯޓުގް ނަންބަރު 2024/SC-A/05 ޤަޟިއްޔާގެ 27 ވަނަ ނުކުތާ . ދިވެހިރާއްޖޭގެ ސުޕް ރީމ ކޯޓުގް ނަންބަރު 2024/SC-A/05 ޤަޟިއްޔާ . (މިކުދިންނަށް ޖިންސީ ގޯނާކޮށްފައިވާކަމާއި ކުލާހުގައި ދަރިވަރުންނާ ނުގުޅޭ ވާހަކަ ދައްކާކަން ސާބިތުކޮށްދިނުމަށް ) . މި ކުއްޖާގެ އިންޓަވިއު ޝަރީޢަތަށް ނެގިފައިނުވެއެވެ. . ޝަރީޢަތުގައި ބަސް ނެގުމަށް މަސައްކަތް ކުރުމުން، ހެކިބަސް ދޭން ބޭނުން ނޫން ކަމަށް މި ކުއްޖާގެ ބަޔާނުގައި ބުނެފައިވެއެވެ. . (މިކުދިންނަށް ޖިންސީ ގޯނާކޮށްފައިވާކަން ކިޔައިދީފައިވާތީ އެކަން ސާބިތުކޮށްދިނުމަށް ) . (ކުލާސ އަންހެން ކުދިންނަށް ޖިންސް ގޯނާ ކުރާކަމަށް އެކުދިން ބުނެފައިވާކަމާއި، އެކަހަލަ ވާހަކަ ދައްކާނަމަ އަބުރުގެ ދައުވާ ކުރާނެކަމަށް އަޙްމަދު ޝަރީފް ބުނެފައިވާކަން ސާބިތުކޮށްދިނުމަށް)
4.22. ކ ލާސ ފިރިހެން ދަރިވަރެއް ކަމަށްވާ (ކުއްޖާގެ ނަން އުނިކޮށްފައި)
5.22. ކުލާސ ފިރިހެން ދަރިވަރެއް ކަމަށްވާ (ކުއްޖާގެ ނަން އުނިކޮށްފައި)
6.22. (ކ އްޖާގެ ނަން އުނިކޮށްފައި)ގެ މަންމަ (ނަން އުނިކޮށްފައި) (މިފަރާތުގެ ބަސް ޝަރީޢަތަށް ލިބިފައވާކަނި އެނގޭކަށް ނެތެވެ.)
7.22. (ކ އްޖާގެ ނަން އުނިކޮށްފައި)ގެ މާމަ (ނަން އުނިކޮށްފައި)
8.22. (ކ އްޖާގެ ނަން އުނިކޮށްފައި)ގެ މަންމަ (ނަން އުނިކޮށްފައި)
9.22. (ކ އްޖާގެ ނަން އުނިކޮށްފައި)ގެ މަންމަ (ނަން އުނިކޮށްފައި)
10.22.ސްކޫލް ލީޑިންގ ޓީޗަރ (ނަން އުނިކޮށްފައި)
11.22.ސްކޫލް ރިލީފް ޓީޗަރ (ނަން އުނިކޮށްފައި) އާއި ސްކޫލް ރިލީފް ޓީޗަރ (ނަން އުނިކޮށްފައި) . (އަޙްމަދ ޝަރީފު ކުލާހަށ އައުމުން ހުރިހާ އަންހެން ކުދިން ކުލާހުގެ ފަހަތަށް ދާކަމަށާއި، ފަހުން އައިސް އަޙްމަދު ޝަރީފް ފިލާވަޅު ކިޔައިދެނީވެސް ހަމައެކަނި އަންހެން ކުދިންނަށް ކަން ސާބިތުކޮށްދިނުމަށް) . (ބައެއް އަންހެން ކުދިން ގަޔަށް އަތްލާ މަންޒަރު ފެންނަ ކަމާއި، އެކުދިންނ ވާހަކާ ދައްކާތަން ފެންނަ ކަމާއި، މިކަމާހެދި ކުލާސް ބދަލުކޮށްދޭނަ އަންހެން ކުދިން ސްކޫލު އޮފީހަށް ދިޔަކަން ސާބިތުކޮށްދިނުމަށް) . (އިސްލާމް ޓީޗަރު ކުލާހުގެ ކުދިންނާ ބެހޭ ކަމަށާއި، ކުއްޖާ ފިލާވަޅު ދައްކަން ދާ ގަޑީގައި ކުއްޖާގެ އަތުގައި ހިފާ ފިރުމާކަމަށް ކުއްޖާ ކިޔައިދީފައިވާކަން ސާބިތުކޮށްދިނުމަށް) . (2016 ވަނަ އަހަރު ގުރޭޑު 7 ގައި އަޙްމަދު ޝަރީފް ކުއްޖާގެ ކޮނޑަށް އަތްލައި ބަނޑުގައި ކޮއްޓާކަމަށާއި އެ ކުލާހުގައި އުޅޭ އެހެން ކުދިންނާވެސް ބެހޭކަމަށް ކުއްޖާ ކިޔައިދީފައިވާކަން ސާބިތުކޮށްދިނުމަށް ) . (2016 ވަނަ އަހަރު ގުރޭޑު 7 ގައި ސްކޫލުގައި އަޙްމަދު ޝަރީފް ކުއްޖާއާމެދު ޖިންސީ ޢަމަލުތަކެއް ހިންގިކަމަށާއި ކުއްޖާ ގްރޭޑް 3 ގައި އުޅުނުއިރު އަޙްމަދު ޝަރީފްގެ ގެއަށް ކުއްޖާ ގޮސް ހުއްޓައި ކުއްޖާ ލައްވާ އެފަދަ ޢަމަލެއް ކުރުވިކަމަށް ކުއްޖާ ކިޔައިދިން ކަމާއި މިކަމާ ގުޅިގެން ޓީޗަރާ ބައްދަލުކުރަން އެދުމުން ސްކޫލުން ބައްދަލުކޮށްދިންކަން ސާބިތުކޮށްދިނުމަށް ) . (2026 ވަނަ އަހަރުގެ ތެރޭގައި ކުއްޖާ މާބޮޑަށް މަޑުމައިތިރިކޮށް ހުންނާނީ ސުވާލުކުރުމުން އަޙްމަދު ޝަރީފް ދެކެ ފޫހިވާކަމަށާއި، ކުއްޖާގެ (ތަފްސީލު އުނިކޮށްފައި) ހިފިކަމަށް ކުއްޖާ ކިޔައިދިންކަމަށާއި އެދުވަސްވަރު ކުއްޖާގެ (ތަފްސީލު އުނިކޮށްފައި) ގަނޑުލާފަހުރިކަމަށް ބުނާތީ މިކަން ސާބިތުކޮށްދިނުމަށް ) . (2016 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ގުރޭޑު 7 ގެ އަންހެން ދަރިވަރުން ކޮންމެވެސް ކަމަކާ ރޯކަމަށް މައުލޫމާތު ލިބިގެން ކުދިންނާ ވާހަކަ ދެއްކުމުން، އަޙްމަދު ޝަރީފް އެކި ދުވަސްމަތިން އެ ކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ކުދިން ކިޔާދީފައިވާކަމާއި، އެކުދިންގެ އެދުމުގެ މަތިން އިސްލާމް ޓީޗަރ ބަދަލުކޮށްފައިވާކަން ސާބިތުކޮށްދިނުމަށް) . (2016 ވަނަ އަހަރު ގުރޭޑު 7 ގެ އަންހެން ދަރިވަރުން ކޮންމެވެސް ކަމަކާ ރޯކަމަށް މައުލޫމާތު ލިބިގެން ކުދިންނާ ވާހަކަ ދެއްކުމުން، އަޙްމަދު ޝަރީފް އެކި ދުވަސްމަތިން އެ ކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ކުދިން ކިޔާދީފައިވާކަން ސާބިތުކޮށްދިނުމަށް)
12.22.(ކ އްޖާގެ ނަން އުނިކޮށްފައި) ފިޔަވައި، އަނިޔާލިބުނު ކަމަށް ބުނާ 4 ކުދިންގެ އިޖުތިމާއީ ހާލަތު ދެނެގަތުމާބެހޭ ރިޕޯޓް
13.22.ދައުވާއާއެކު ހުށަހެޅުނު އިޖުތިމާއީ ހާލަތު ދެނެގަތުމާބެހޭ ރިޕޯޓުތައް ތައްޔާރުކުރި (ނަން އުނިކޮށްފައި) ދަށުކޯޓުގައި ދިފާއުން ހުށހެޅަ ކޮން ހެކިތަކެއް؟
23ދަށުކޯޓުގައި އަޙްމަދު ޝަރީފްގެ ފަރާތުން ދިފާއުގައި ހުށަހަޅާފައިވަނީ އަންނަނިވި ހެކިތަކެވެ.
1.23. ސްކޫލް ލީޑިންގ ޓީޗަރ (ނަން އުނިކޮށްފައި)
2.23. (ނަން އުނިކޮށްފައި)
3.23. (ނަން އުނިކޮށްފައި)
4.23. (ނަން އުނިކޮށްފައި)
5.23. އަޙްމަދު ޝަރީފް ކްލާސ ބަދަލުކޮށްދިނުމަށް އެދް ސްކޫލަށް ލިޔެފައިވާ ސިޓީ. . މި ކުއްޖާގެ އިޖުތިމާއީ ހާލަތު ދެނެގަތުމާބެހޭ ރިޕޯޓު ތައްޔާރުކުރެވިފައި ނުވާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ. . (މައްސަލައާ ގުޅިގެން ކުދިން ކިޔާދީފައިވާ ކިޔައިދިނުން ސާބިތުކޮށްދިނުމަށް ) . (ރިޕޯޓަކީ ޞައްޙަ ރިޕޯޓެއްކަން ސާބިތކޮށްދިނުމަށް ) . (އޭރު ކުލާހުގައި އަޙްމަދު ޝަރީފްގެ އަބުރަށް ހުތުރުވާފަދ ވާހަކަ ދެއްކިކަމާއި، އެކަމާ ގުޅިގެން ކްލާސް ބަދަލުކޮށްދޭނ އަޙްމަދް ޝަ ރީފް ސިޓީއަކުން ހުށަހެޅުމުން ކުލާސ ބަދަލުކުރިކަން ސާބިތުކޮށްދިނުމަށް) . (ދައުވާގައި ބުނާފަދަ ކަމެއް ހިނގާފައި ނުވާކަމާއި، މީގެ ކުރިން އަޙްމަދު ޝަރީފްގެ މިފަދަ އެއްވެސް މައްސަލައެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ހުށަހެޅިފައިނުވާކަން ސާބިތުކޮށްދިނުމަށް) . (އ ކުދިންގެ ގައިގައި ނޭއްގާނީ ކަންތައްތަކެއް ހުންނަ ކަމާއި، އެފަދަ ކަމެއް ކުލާހުގައި ނުހިނގާ ކަމަށް އޭގެ ތެރެއިން ކުއްޖަކު މި ހެކިވެރިޔާ ގާތު ބުނެފައިވާކަން ސާބިތުކޮށްދިނުމަށް) . (ކުލާހުގެ ކުދިން ހިތްހަމަނުޖެހޭ ކަމެއް ހިނގައިގެނ އެފަދް ވާހަކަތަކެއް މިހެކިވެރިޔާއާ ހިއްސާކޮށްފައިވާކަން ސާބިތުކޮށްދިނުމަށް) ދަށުކޯޓުން ހެކި ވަޒަންކުރީ ކިހިނެއް؟
24އިސްވެ ބުނެވުނު ހެކިތަކުގެ ތެރެއިން ދަށުކޯޓުގައި ޝަރީޢަތަށް ނެގިފައިވާ ހެކިބަހާއި، ޝަރީޢަތަށް ދައުލަތުންނާއި ދިފާއުނ ހުށަހަޅާފައިވް ހެކާ ޤަރީނާތަކުގައ ހުރި ކަންކަން ތަފްސީލުކޮށް ބަޔާންކޮށް، ދަށުކޯޓުން ރިޢާޔަތްކުރި ކަންކަން ވަކިވަކިން ދަށުކޯޓުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
36 35
25ހަމައެހެންމެ ކަމާގުޅޭ ޚާއްޞަ ޤާނޫނާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޚްތާރު ޤަޟިއްޔާގައި ކަނޑައަޅައި ބަޔާންކޮށްދީފައިވާ ހެކި ވަޒަންކުރުމުގެ އުސޫލުތައް ބަޔާންކޮށް އެ އުސޫލުތައް ތަޠުބީޤުކޮށްފައިވެސް ވެއެވެ.
26އެގޮތުން މި ރިޕޯޓުގައި މީގެކުރިން ތަފްސީލުކުރެވިފައިވާ ފަދައިން ދަށު ކޯޓުން ހެކިތަކަށް ރިޢާޔަތްކޮށް ފާހަގަކޮށްފައިވަނީ އަންނަނިވި މައިގަނޑު ކަންކަމެވެ.
1.26. އަނިޔާލިބުނުކަމަށް ބުނާ އެއްވެސް ކުއްޖެއްގެ ބައިގައި ޚާއްޞަ ޤާނޫނުގައި ބުނާ 5 ބާވަތުގެ ހެކި ހުށަހެޅިފައި ނުވާކަން.
2.26. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޚްތާރު ޤަޟިއްޔާގައި ބަޔާންކުރާ އުސޫލުން ކުދިންގެ ކިޔައިދިނުމުގައި ނުނިޔަތެއް ފާހަގަވާން ނެތް ނަމަވެސް، އަދި ހިނގާފައިވާކަމަށް ކުދިން ބުނާ ބައެއް ޢަމަލުތަކަކީ ޖިންސީ ނިޔަތެއް ނެތި މީހަކު ނުކުރާނެ ފަދަ ޢަމަލުތަކެއްކަނ އެނގެން އޮތް ނަމަވެސް، އެއް އަންހެން ކުއްޖަކު ޝަރީޢަތަށް ދިން އިންޓަރވިއުގައި، ކުލާހުގެ ފިރިހެން ކުދިންނާމެދުވެސ އަޙްމަދް ޝަރީފު އެފަދް ޖިންސީ ޢަމަލުތައް ހިނގާކަމަށް ބުނެފައިވާއިރު، އެފަދަ . ޤާނޫނު ނަންބަރު 2009/12 ކަމެއް ނުހިނގާކަމަށް ކުލާހުގެ ފިރިހެން ކުދިންގެ އިންޓަރވިއު ޝަރީޢަތަށް ލިބިފައިވާތީ އަންހެން ކުދިންގެ ބަހުގައި އެތެރެފުށުގެ އެއްގޮތްކަން ނެތްކަން.
3.26. ކުލާހުގެ އެއްވެސް ފިރިހެން ކުއްޖަކަށް އަންހެން ކުދިންނާމެދު އަޙްމަދު ޝަރީފް މިފަދަ ޢަމަލެއް ހިންގާކަން އެނގިފައިނުވާކަމަށް ބުނާތީ އަންހެން ކުދިންގެ މިވާހަކަތަކަކީ އެކުދިންގެ މެދުގައި ކުރެވުނު މަޝްވަރާގެ ނަތީޖާ ކަމަށް ވެދާނެ ކަން.
4.26. ދިފާއުނ ހުށަހެޅް ހެކިތަކުން އަޙްމަދު ޝަރީފްގެ ކިބައިގައި އިވުމާއި ފެނުމުގެ މައްސަލަތަކެއް ހުންނަ ކަމާއި، އެކަމުގެ ސަބަބުން ބައެއް ފަހަރު ތަންތާ ލައިގަނެ ވެއްޓި އަނިޔާވާކަމަށް ހެކިލިބިފައިވތީ، އެ ޢަމަލުތަކަކީ ޖިންސީ ނިޔަތެއް އޮވެގެން ކުރި ޢަމަލުތަކެއް ކަމުގައި ނުބެލެވޭކަން، މިއެވެ.
ހެކި ވަޒަންކުރުމުގައި ދަށުކޯޓަށް ގޯހެއް ހެދިފައިވޭތޯ؟
27ދަށުކޯޓުން ދައުލަތުގެ ހެކި ވަޒަންކުރުމުގައި ފުރަތަމަވެސް ފާހަގަކޮށްފައިވާ އެއް ކަމަކީ އަނިޔާލިބުނު ކަމަށް ބުނާ އެއްވެސް ކުއްޖެއްގެ ބައިގައި ޚާއްޞަ ޤާނޫނުގައި ބުނާ 5 ބާވަތުގެ ހެކި ހުށަހެޅިފައި ނެތް ކަމެވެ. އަދި ދައުވާ ސާބިތުނުވާކަމަށް ކަނޑައެޅި މައިގަނޑު ސަބަބަކީ ކުށުގެ މައުނަވީ ރުކުން ފުރިހަމަވާކަމަށް ނުފެނުމާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޚްތާރު ޤަޟިއްޔާގައި ބަޔާންކުރާ އުސޫލުން ކުދިންގެ ކިޔައިދިނުމުގައި އެތެރެފުށުގެ އެއްގޮތްކަން ނތެ ކަމަށް ބެލެވުމެވެ.
28ނަމަވެސް ކުދިންގެ ކިޔައިދިނުމުގައި ނުނިޔަތެއް ނެތް ކަމާއި، ކުދިންގެ ކިޔައިދިނުމުގައި ބޭރުފުށުގެ އެއްގޮތްކަން ސާބިތުވާކަން ދަށުކޯޓުން ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން އަޙްމަދު ޝަރީފަކީ އަނިޔާލިބުނު ކަމަށް ބުނާ ކުދިންނަށް ސުކޫލުގައި އުނގަންނައިދެމުން ދިޔަ މުދައްރިސެއްކަން ދައުލަތާއި ދިފާއުން ހުށަހެޅި ހެކިތަކުންވެސް ސާބިތުވެއެވެ. އެހެންކަމުން ޚާއްޞަ ޤާނޫނުގެ ބޭނުމަށް، އަޙްމަދު ޝަރީފަކީ އަނިޔާލިބުނު ކަމަށް ބުނާ ކުދިން އިތުބާރު ކުރަންޖެހޭ މަޤާމެއްގއަ ހުރި ފަރާތެއްކަމީ ޚިލާފެއް ނެތް ވާގިއާއެކެވެ.
29HN3އެހެންކަމުނ ދެން ބަލާލާނީ ހެކި ވަޒަންކުރުމުގައި ދައުލަތުން ފާހަގަކުރާ ފަދައިން ދަށުކޯޓަށް ގޯހެއް ހެދިފައިވޭތޯއެވެ. މި މައްސަލައިގައި ކުށް ސާބިތުކުރުމަށް ދަށުކޯޓަށް ދައުލަތުން ހުށަހަޅާފައިވަނީ ޖުމްލަ ހެކިތަކެކެވެ. ކޮންމެ ކުއްޖެއްގެ ބައި ވަކިކޮށް، ވަކިވަކިން ދައުލަތުން ހެކި ހުށަހަޅާފައިނުވެއެވެ. ނަމަވެސް ކޮންމެ ކުއްޖަކާމެދު ކުރި ކަމަށް ބުނާ ޢަމަލަކީ ވަކި ޢަމަލަކަށް ވީހިނދު، އެއިން ކޮންމެ ކުއްޖެއްގެ ބައިގައި ހެކި ވަޒަންކުރަންޖެހޭނީ ކޮންމެ ކުއްޖެއްގެ ބައި ވަކިން ކަމުގައި ދެކެމެވެ. މިއީ ދަށުކޯޓުންވެސް ފާހަގަކޮށްފައިވާ ކަމެކެވެ.
30HN4ދަށުކޯޓުން މި މައްސަލައިގައި ހުށަހެޅުނު އެންމެހާ ހެކިތައް ތަފްސީލުކޮށް ބަޔާންކޮށް ވަކިވަކިން ރިޢާޔަތްކޮށްފައިވއެވެ. އހެންކަމުނެ އެ އެންމެހާ ހެކިތައް އެހުރިގޮތަށ އިތުރަށް ނަކަލު ކޮށް މުޅި މައްސަލއަށަ އަލުން ގޮތެއް ކަނޑައެޅުމުގެ ބަދަލުގައި، މި އިސްތިއުނާފުގައި ބެލެންވާނީ ދައުލަތުން ހުށަހެޅި ނުކުތާގެ ތަރަހައިން ކަމުގައި ދެކެމެވެ.
31(ކުއްޖާގެ ނަން އުނިކޮށްފައި) އަށް އަޙްމަދު ޝަރީފްގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތިވެފައިވާކަމަށް
1.31. މި ކުއްޖާއާމެދު ކަންވީގޮތް ކަމަށް ބަޔާންކޮށް، (ތަފްސީލު އުނިކޮށްފައި) މި ކުއްޖާ ތަހުޤީޤަށް ބަޔާން ދީފައިވެއެވެ. މިއީ ޚާއްޞަ ޤާނޫނުގެ 47 ވަނަ މާއްދާގެ (ޅ)، (ކ) އަދި (އ) ގެ ދަށުން ހެއްކެކެވެ.
2.31. މި ކުއްޖާއާމެދު ކަންވީގޮތް ކުލާހުގ އެހެނެ ކުދިންނަށް (ކުއްޖާގެ ރަހުމަތްތެރިންނަށް) ކިޔައިދީފައިވާ ކަމަށް ޝަރީޢަތަށް އެކުދިން ދިން އިންޓަރވިއުގައި ފާހަގަކޮށްފައިވެއެވެ. މިއީ ޚާއްޞަ ޤާނޫނުގެ 47 ވަނަ މާއްދާގެ (ޅ) އަށް ފެތޭ ހެކިތަކެކެވެ.
3.31. މި ކުއްޖާއާމެދު އަޙްމަދު ޝަރީފް ޖިންސީ ޢަމަލެއް ހިންގަނިކޮށ ލޮލަށް ފެނުނުކަމަށް ބުން ކުލާހުގެ އެހެން ކުއްޖަކު (ކުއްޖާގެ ނަން އުނިކޮށްފައި) ޝަރީޢަތަށް އިންޓަރވިއު ދީފައިވެއެވެ. މިއީ ޚާއްޞަ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ ދަށުން ހެއްކެކެވެ.
32(ކުއްޖާގެ ނަން އުނިކޮށްފައި)ގެ ބަސް ޝަރީޢަތަށް ނެގިފައިނުވެއެވެ. އެހެންކަމުން މި ކުއްޖާގެ ބައިގައި ހުށަހެޅިފައިވަނީ ދަށުކޯޓުން ފާހަގަކޮށްފައިވާ ފަދައިން ޚާއްޞަ ޤާނޫނުގެ 47 ވަނަ މާއްދާގައި ބުނާ 4 ބާވަތުގެ ހެއްކެވެ.
33ނަމަވެސް މި ކުއްޖާގެ ކިޔައިދިނުމުގައި ތަފްސީލުތައް ކިޔައިދީފައިވާތީ އާއި، މި ކުއްޖާގެ ބަހަށް ބާރުދޭ އެހެން ހެކިތަކާ ޚިލާފުތަކެއް ނެތުމުން މި ކުއްޖާގެ ކިޔައިދިނުމުގައި އެތެރެފުށާއި ބޭރުފުށުގެ އެއްގޮތްކަން ފުރިހަމަވެއެވެ. މިއީ ދަށުކޯޓުންވެސ ޚިލާފް އުފައްދާފައިވާ ކަމެއް ނޫނެވެ. މީގެ އިތުރުން މިކުއްޖާގެ ކިޔައިދިނުމުގައި ނުނިޔަތެއް އޮތްކަމަށް ބެލެވިދާނެ އެއްވެސް ހެއްކެއް ހުށަހެޅިފައި ނެތެވެ.
34(ކުއްޖާގެ ނަން އުނިކޮށްފައި) އަށް އަޙްމަދު ޝަރީފްގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތިވެފައިވާކަމަށް
1.34. މި ކުއްޖާއާމެދު ކަންވީގޮތް ކިޔައިދެމުން (ތަފްސީލު އުނިކޮށްފައި) ތަހުޤީޤަށް ކުއްޖާ ބަޔާން ދީފައިވެއެވެ. މިއީ ޚާއްޞަ ޤާނޫނުގެ 47 ވަނަ މާއްދާގެ (ޅ)، (ކ) އަދި (އ) ގެ ދަށުން ހެއްކެކެވެ.
2.34. މި ކުއްޖާއާމެދު ކަންވީގޮތް ކުލާހުގ އެހެނެ ކުދިންނަށް (ކުއްޖާގެ ރަހުމަތްތެރިންނަށް) ކިޔައިދީފައިވާ ކަމަށް ޝަރީޢަތަށް އެކުދިން ދިން ހެކިބަހުގައި ފާހަގަކޮށްފައިވެއެވެ. މިއީ ޚާއްޞަ ޤާނޫނުގެ 47 ވަނަ މާއްދާގެ (ޅ) އަށް ފެތޭ ހެކިތަކެކެވެ.
35މި ކުއްޖާ ޝަރީޢަތަށް ބަޔާންދޭނ ބޭނުން ނޫންކަމަށް ބުނެފައިވެއެވެ. އެހެންކަމުން މި ކުއްޖާގެ ބައިގައި ހުށަހެޅިފައިވަނީ ޚާއްޞަ ޤާނޫނުގެ 47 ވަނަ މާއްދާގައި ބުނާ 3 ބާވަތުގެ ހެއްކެވެ.
36ނަމަވެސް މި ކުއްޖާގެ ކިޔައިދިނުމުގައި ތަފްސީލުތައް ކިޔައިދީފައިވެއެވެ. އަދި މި ކުއްޖާގެ ކިޔައިދިނުމަށް ބާރުދޭ އެހެން ހެކިތަކާ ޚިލާފުތަކެއް ނެތެވެ. އެހެންކަމުން މި ކުއްޖާގެ ކިޔައިދިނުމުގައި ވެސް އެތެރެފުށާއި ބޭރުފުށުގެ އެއްގޮތްކަން ފުރިހަމަވެއެވެ. މިއީ ދަށުކޯޓުންވެސ ޚިލާފް އުފައްދާފައިވާ ކަމެއް ނޫނެވެ. މީގެ އިތުރުން މިކުއްޖާގެ ކިޔައިދިނުމުގައި ނުނިޔަތެއް އޮތްކަމަށް ބެލެވިދާނެ އެއްވެސް ހެއްކެއް ނެތެވެ.
37(ކުއްޖާގެ ނަން އުނިކޮށްފައި) އަށް އަޙްމަދު ޝަރީފްގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތިވެފައިވާކަމަށް
1.37. މި ކުއްޖާއާމެދު ކަންވީގޮތް ކިޔައިދެމުން ކުލާހުގައި (ތަފްސީލު އުނިކޮށްފައި) ތަހުޤީޤަށް ކުއްޖާ ބަޔާން ދީފައިވެއެވެ. މިއީ ޚާއްޞަ ޤާނޫނުގެ 47 ވަނަ މާއްދާގެ (ޅ)، (ކ) އަދި (އ) ގެ ދަށުން ހެއްކެކެވެ.
2.37. މި ކުއްޖާއާމެދު ކަންވީގޮތް ކުލާހުގ އެހެނެ އަންހެން ކުދިންނަށް (ކުއްޖާގެ ރަހުމަތްތެރިންނަށް) ކިޔައިދީފައިވާ ކަމަށް ޝަރީޢަތަށް އެކުދިން ދިން ހެކިބަހުގައި ފާހަގަކޮށްފައިވެއެވެ. މިއީ ޚާއްޞަ
3.37. ކުއްޖާގެ މަންމަ އަށް ކަންވީގޮތް ކުއްޖާ ކިޔައިދީފައިވާކަމަށ ބުން ކުއްޖާގެ މަންމަ ޝަރީޢަތުގައި ހެކިބަސް އަދާކޮށްފައިވެއެވެ. މިއީ ޚާއްޞަ ޤާނޫނުގެ 47 ވަނަ މާއްދާގެ (އ) ގެ ދަށުން ހެއްކެކެވެ.
4.37. މި ކުއްޖާއާމެދު ކަންވީގޮތް ކަމަށް ބުނެ މި ކުއްޖާ ތަޙްޤީޤަށް ދިން ބަޔާނުގެ އިތުރުން ޝަރީޢަތަށް
38އެހެންކަމުން މި ކުއްޖާގެ ބައިގައި ހުށަހެޅިފައިވަނީ ޚާއްޞަ ޤާނޫނުގެ 47 ވަނަ މާއްދާގައި ބުނާ 4 ބާވަތުގެ ހެއްކެވެ.
39ނަމަވެސް މި ކުއްޖާގެ ކިޔައިދިނުމުގައި ތަފްސީލުތައް ކިޔައިދީފައިވާތީ އާއި އެހެން ހެކިތަކާ ޚިލާފުތަކެއް ނެތުމުން މި ކުއްޖާގެ ކިޔައިދިނުމުގައި އެތެރެފުށާއި ބޭރުފުށުގެ އެއްގޮތްކަން ފުރިހަމަވެއެވެ. މިއީ ދަށުކޯޓުންވެސ ޚިލާފް އުފައްދާފައިވާ ކަމެއް ނޫނެވެ. މީގެ އިތުރުން މިކުއްޖާގެ ކިޔައިދިނުމުގައި ނުނިޔަތެއް އޮތްކަމަށް ބެލެވިދާނެ އެއްވެސް ހެއްކެއް ނެތެވެ.
(ކުއްޖާގެ ނަން އުނިކޮށްފައި)ގެ ބއަ
40(ކުއްޖާގެ ނަން އުނިކޮށްފައި) އަށް އަޙްމަދު ޝަރީފްގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތިވެފައިވާކަމަށް
1.40. މި ކުއްޖާއާމެދު ކަންވީގޮތް ކަމަށް ބަޔާންކޮށް (ތަފްސީލު އުނިކޮށްފައި) ބުނެ ތަހުޤީޤަށާއި ޖެންޑަރ އަށް ކުއްޖާ ބަޔާން ދީފައިވެއެވެ. މިއީ ޚާއްޞަ ޤާނޫނުގެ 47 ވަނަ މާއްދާގެ (ޅ)، (ކ) އަދި
(އ) ގެ ދަށުން ހެއްކެކެވެ.
2.40. މި ކުއްޖާއާމެދު ކަންވީގޮތް ކުލާހުގ އެހެނެ އަންހެން ކުދިންނަށް (ކުއްޖާގެ ރަހުމަތްތެރިންނަށް) ކިޔައިދީފައިވާ ކަމަށް ޝަރީޢަތަށް އެކުދިން ދިން އިންޓަރވިއުގައި ފާހަގަކޮށްފައިވެއެވެ. މިއީ ޚާއްޞަ
3.40. މި ކުއްޖާއާމެދު ކަންވީގޮތް ކަމަށް ބުނެ މި ކުއްޖާ ތަޙްޤީޤަށް ދިން ބަޔާނުގެ އިތުރުން ޝަރީޢަތަށް
41އެހެންކަމުން މި ކުއްޖާގެ ބައިގައި ހުށަހެޅިފައިވަނީ ޚާއްޞަ ޤާނޫނުގެ 47 ވަނަ މާއްދާގައި ބުނާ 4 ބާވަތުގެ ހެއްކެވެ.
42HN5މި ކުއްޖާ ޝަރީޢަތަށް ދިން އިންޓަރވިއުގައި އަޙްމަދު ޝަރީފް ކުލާސް ފިރިހެން ކުދިންނާވެސް "ބެހޭ" ކަމަށް ބުނެފައިވެއެވެ. ނަމަވެސް ކުލާސ ފިރިހެން ކުދިން ދިން ހެކިބަހުގައި އެ ކުދިންނާމެދު އެފަދަ ޢަމަލެއް ނުހިނގާ ކަމަށް ބުނެފައިވެއެވެ. އަނިޔާލިބުނު ކަމަށް ބުނާ އަންހެން ކުދިންގެ ބަސް އެތެރެފުށުން އެއްގޮތް ނޫން ކަމަށް ދަށުކޯޓުން ބަޔާންކުރި މައިގަނޑު އަސާސަކީ މި ޚިލާފު މިފަދައިން އޮތުމެވެ. ނަމަވެސް މިއީ މުޅިން ރަނގަޅު ދޭހަކުރުމެއ ކަމުގައް އަހުރެންނަށް ޤަބޫލުނުކުރެވެއެވެ. ސަބަބަކީ މި މައްސަލައިގައި ލިބިފައިވާ ހެކިތަކަށް އެކުގައި ބެލުމުން، އަޙްމަދު ޝަރީފްގެ ކުލާސް ގަޑީގައި ކުދިން ވަރަށް ސަކަރާތްޖަހާކަން އެނގެން އެބައޮތެވެ. އަދި އަޙްމަދު ޝަރީފް އަކީ ކުދިންނާ ގާތްކޮށ އުޅުން މުދައްރިސެއްކަން ކުދިންގެ ހެކިބަހުން އެނގެއެވެ. ކަން މިހެން އޮތް އިރު، އެއް ކުއްޖަކަށް އެއީ ޖިންސީ ޢަމަލެއް ކަމަށް ދޭހަވާ ޢަމަލަކީ އަނެއް ކުއްޖަކަށް އެފަދައިން ދޭހަކުރެވޭ ނުވަތަ ސިފަކުރެވޭ ޢަމަލަކަށް ނުވުމަކީ އެކަށީގެންވާ ކަމެކެވެ. މި މައްސަލައިގައި މިދެކެވެނީ ވަރަށް އާދައިގެ ކަންކަން ކަމުގައި ދެކިގެން ނުވަތަ މަޖަލއި ސަކަރާތުގާ ތެރެއިން މީހަކު ކޮށްފާނެ، ނަމަވެސް ކޮށްގެން ނުވާނެ ޖިންސީ ފުރައްސާރަ ނުވަތަ ޖިންސީގޯނާގެ ޢަމަލުތަކެއްގެ ވާހަކައެވެ. އެހެންކަމުން ކުއްޖާގެ ކިޔައިދިނުމުގައި ތަފްސީލުތައް ހުރިނަމަވެސް، ހަމައެކަނި އެ ފުށުއެރުން އެ ގޮތުގައި އޮތަތީ، ކުއްޖާގެ ކިޔައިދިނުމުގައި އެތެރެފުށުގެ އެއްގޮތްކަން (consistency internal) ނެތް ކަމަށް ދަށުކޯޓުން ކަނޑައެޅީ ރަނގަޅަށް ކަމުގައި އަހުރެން ނުދެކެމެވެ. ބަހުސްގެ ބޭނުމަށް ބަލާއިރުވެސް، މި ކުއްޖާ (ކުއްޖާގެ ނަން އުނިކޮށްފައި) ގެ ބަސް އެގޮތުގައި އޮތަތީ އެ ކަމަށް ބިނާކޮށް، މި މައްސަލައިގައި އަނިޔާ ލިބުނު ކަމަށް ބުނާ އެހެން ހުރިހާ ކުދިންގެ ބަސް އެތެރެފުށުން އެއްގޮތް ނޫން ކަމަށް ބެލެވިދާނެ ޤާނޫނީ ސަބަބެއްވެސް ނެތެވެ.
43މި ކުއްޖާގެ ކިޔައިދިނުމުގައި ވެސް ބޭރުފުށުގެ އެއްގޮތްކަން ފުރިހަމަވާކަމާއި، މިކުއްޖާގެ ކިޔައިދިނުމުގައި ނުނިޔަތެއް އޮތްކަމަށް ބެލެވިދާނެ ހެއްކެއް ނެތް ކަން ދަށު ކޯޓުން ކަނޑައަޅާފައި ވެއެވެ.
44(ކުއްޖާގެ ނަން އުނިކޮށްފައި) އަށް އަޙްމަދު ޝަރީފްގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތިވެފައިވާކަމަށް
1.44. މި ކުއްޖާއާމެދު ކަންވީގޮތް ކަމަށް ބަޔާންކޮށް (ތަފްސީލު އުނިކޮށްފައި) ބުނެ ތަހުޤީޤަށއާ ޖެންޑަރ އަށް ކުއްޖާ ބަޔާން ދީފައިވެއެވެ. މިއީ ޚާއްޞަ ޤާނޫނުގެ 47 ވަނަ މާއްދާގެ (ޅ)، (ކ) އަދި
(އ) ގެ ދަށުން ހެއްކެކެވެ.
2.44. ކުއްޖާ އަކީ ހަލަނި ކުއްޖެއް ނަމަވެސް، ކުއްޖާގެ މަންމަ އަށް ކުއްޖާގެ ފަރާތުން ހިމޭންކަމާއި ރުޅިގަދަކަނ ފާހަގަވާން ފެށި ކަމަށާއި އެހެންވެ ކުއްޖާއާ ތަކުރާރުކޮށް ސުވާލުކުރުމުން ކުއްޖާއަށް އަޙްމަދު ޝަރީފް ޖިންސީ ގޯނާކޮށްފައިވާކަމުގެ ތަފްސީލު ކުއްޖާ ކިޔައިދީފައިވާކަމަށް ބުނެ ކުއްޖާގެ މަންމަ ޝަރީޢަތުގައި ހެކިބަސް ދީފައިވެއެވެ. މިއީ ޚާއްޞަ ޤާނޫނުގެ 47 ވަނަ މާއްދާގެ (އ) ގެ ދަށުން ހެއްކެކެވެ.
3.44. މި ކުއްޖާއާމެދު ކަންވީގޮތް ކުލާހުގ އެހެނެ އަންހެން ކުދިންނަށް (ކުއްޖާގެ ރަހުމަތްތެރިންނަށް) ކިޔައިދީފައިވާ ކަމަށް ޝަރީޢަތަށް އެކުދިން ދިން އިންޓަރވިއުގައި ފާހަގަކޮށްފައިވެއެވެ. މިއީ ޚާއްޞަ
4.44. މި ކުއްޖާއާމެދު އަޙްމަދު ޝަރީފް ޖިންސީ ޢަމަލެއް ހިންގަނިކޮށ ލޮލަށް ފެނުނުކަމަށް ބުން ކުލާހުގެ އެހެން ކުއްޖަކު (ކުއްޖާގެ ނަން އުނިކޮށްފައި) ޝަރީޢަތަށް އިންޓަވިއު ދީފައިވެއެވެ. މިއީ ޚާއްޞަ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ ދަށުން ހެއްކެކެވެ.
5.44. މި ކުއްޖާއާމެދު ކަންވީގޮތް ކަމަށް ބުނެ މި ކުއްޖާ ތަޙްޤީޤަށް ދިން ބަޔާނުގެ އިތުރުން ޝަރީޢަތަށް
45އިސްވެ ފާހަގަކުރެވުނު ހެކިތައް ހުށަހެޅިފައިވާތީ، (ކުއްޖާގެ ނަން އުނިކޮށްފައި)ގެ ބައިގައި ޚާއްޞަ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ 5 ބާވަތުގެ ހެކި ހަމަވާކަން އެނގެން އެބައޮތެވެ. އެހެންކަމުން މި ކުއްޖާގެ ބައި ހިމެނޭހެން އެއްވެސް ކުއްޖެއްގެ ބައިގައި ޚާއްޞަ ޤާނޫނުގެ 47 ވަނަ މާއްދާގައި ބުނާ 5 ބާވަތުގެ ހެކި ހ ށަހެޅިފައިނުވާކަމަށ ދަށުކޯޓުން ފާހަގަކޮށްފައިވަނީ ރަނގަޅަކަށް ނޫނެވެ.
46މި ކުއްޖާގެ ކިޔައިދިނުމުގައި އެތެރެފުށުގެ އެއްގޮތް ކަމާމެދު ދަށުކޯޓުން ސުވާލު އުފައްދާފައި ނުވެއެވެ. އެގޮތުން މި ކުއްޖާ އެކި މަޙައްލުތަކުގައި ދައްކާފައިވަނީ ދާދި އެއްވާހަކަތަކެއްކަނ ހެކިތަކުން ސާފުވެއެވެ. އަދި ކުއްޖާގެ ކިޔައިދިނުމުގައި ކުދި ތަފްސީލުތައްވސެ ހިމެނިފައިވެއެވެ. އެހެންކަމުން މި ކުއްޖާގެ ކިޔައިދިނުމުގައި އެތެރެފުށުގެ އެއްގޮތްކަން (internal consistency) ހުރި ކަމީ ޚިލާފެއް ނެތް ކަމެކެވެ. ދެން އޮތީ ކުއްޖާގެ ކިޔައިދިނުމުގެ ބޭރުފުށުގެ އެއްގޮތް ކަމެވެ. އެގޮތުން މި ކުއްޖާއާ ގުޅޭ ހާދިސާގެ ވާހަކަ ބަޔާންކުރި އެއްވެސް ފަރާތެއްގެ ބަހާއި، ކުއްޖާގެ ބަހާ ޚިލާފުތަކެއް ނެތެވެ. ކުއްޖާއާމެދު ކަންވީގޮތް ލޮލަށްފެނުނު ހެއްކެއް (ކުއްޖާގެ ނަން އުނިކޮށްފައި) ވެސް ހެކިބަސް ދީފައި ވެއެވެ. އެހެންކަމުން ކުއްޖާގެ ކިޔައިދިނުމުގައި ބޭރުފުށުގެ އެއްގޮތްކަން (consistency external) ވެސް ފުރިހަމަވެއެވެ. މިއީ ދަށުކޯޓުގައި ވެސް ސާބިތުވެފައިވާ ބައެކެވެ. ކުއްޖާގެ ކިޔައިދިނުމުގައި އެއްވެސް ނުނިޔަތެއް ހެކިތަކުން ފެންނާކަށް ނެތެވެ. (ކއްޖާގު ނަން އުނިކޮށްފައި)ގެ ބައިގައި އިސްތިއުނާފ ރައްދުވު ފަރާތުން ހުށަހަޅާ ޝަކުވާ
47އިސްތިއުނާފ ރައްދުވު ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކޮށްފައިވާ އެއްކަމަކީ (ކުއްޖާގެ ނަން އުނިކޮށްފައި) އަކީ ސިކުނޑީގެ އުނިކަމެއް ހުންނަ ކުއްޖެއް ކަމަށް އެ ކުއްޖާގެ މަންމަގެ ހެކިބަހުން އެނގޭ ކަމަށާއި ހަލަނިކޮށް އުޅޭ ކުއްޖެއްކަންވެސް އެހެން ފަރާތްތަކުގެ ހެކިބަހަށް ބެލުމުންވެސް އެނގޭ ކަމަށެވެ. އެހެންކަމުން އެ ކުއްޖާގެ ބަހަށް ސީދާ ފުރިހަމަ ބުރަދަން ނުދެވޭނެ ކަމަށެވެ. އަދި ފިރިހެން ކުދިންނަށް މިއިން އެއްވެސް ކަމެއް ހިނގިކަން އެނގިފައި ނެތުމަކީ މިއީ އަސްލެއް ނެތް ވާހަކަތަކެއް ކަން ދޭހަކުރެވޭ ކަމެއް ކަމަށެވެ.
48(ކުއްޖާގެ ނަން އުނިކޮށްފައި)ގ މަންމަގެ ހެކިބަހަށް ބެލިއިރު، ކުއްޖާ އަކީ ތަފާތު ކުއްޖެއްކަން ކުއްޖާގެ މަންމަ ފާހަގަކޮށްފައިވެއެވެ. ސިކުނޑީގެ އުނިކަމެއް ހުންނަ ކަން ފާހަގަކުރެވިފައިވާކަމާއި ނަމަވެސް އެކަމާ ގުޅިގެން ޑޮކްޓަރަށް ދައްކާފައިނުވާނ ކަމަށެ ބުނެފައިވެއެވެ. އެހެނަސް ކުއްޖާގެ ކިބައިގައި ހުރި އެ އުނިކަމަކީ ކުއްޖާ ބުނަން ބޭނުންވާ ވާހަކައެއް ބުނުމަށް އުނިކަމެއް އަންނަފަދަ އުނިކަމެއް ނޫން ކަމަށާއި، ކުއްޖާއަކީ އެބާވަތުގެ ވާހަކައެއް ކުރިން ދައްކާފައިނުވާ ކުއްޖެއް ކަމަށާއި، ހަދަހަދައިގެން ވާހަކަދައްކާ ކުއްޖެއް ނޫން ކަމަށްވެސް ކުއްޖާގެ މަންމަ ހެކިބަސް ދީފައިވެއެވެ. އަދި ކުއްޖާ އަކީ ހަލަނި މިޒާޖެއްގެ ކުއްޖެއް ނަމަވެސް ކުއްޖާ މަޑުމައިތިރިވެ މާ ރުޅިގަދަވާން ފެށުމުން، ކުއްޖާ ގާތު ތަކުރާރުކޮށް ސުވާލުކުރުމުން އަޙްމަދު ޝަރީފް ދެކެ ކުއްޖާ ފޫހިވާ ވާހަކައާއި ޖިންސީ ގޯނާ ކުރި ވާހަކަ ކުއްޖާ ކިޔައިދީފައިވަނީ ކަމަށްވެސް ކުއްޖާގެ މަންމަގެ ހެކިބަހުގައި ބުނެފައިވެއެވެ. ހަމައެހެންމެ އަޙްމަދު ޝަރީފް އަކީ އޭގެ ކުރިން ކުއްޖާގެ ލޯބި ލިބިފައިވާ މުދައްރިސެއްކަން ވެސް ކުއްޖާގެ މަންމަ ފާހަގަކޮށްފައިވެއެވެ. އަދި މިކަމެއް ދިމާވެފައިވަނީ ކުއްޖާ އަކީ މިޒާޖުގައި ތަފާތު ކުއްޖެއްކަނ އަޙްމަދް ޝަރީފު އަށް އެނގިގެން ކަމެއް ނުވަތް އެ ކުއްޖާގެ މިޒާޖު އެފަދައިން ހުރުމުގެ ސަބަބުން ކަމެއް ބުނަން ނޭނގޭ ކަމަށް ކުއްޖާގެ މަންމަގެ ބަހުގައި ބުނެފައިވެއެވެ.
49މީގެ އިތުރުން މި މައްސަލައިގައި ލިބިފައިވާ އެހެން ފަރާތްތަކުގެ ހެކިބަހަށް ބެލި އިރު، ކުއްޖާ އަކީ ހަލަނިކުއްޖެއްކނަ ހެކިތަކުން އެނގެން އޮތް ނަމަވެސް، ކުއްޖާ އަކީ މުދައްރިސުންގެ ގައިގައި އަމިއްލައަށް އޮޅުލައިގަނ އެ މިޒާޖަށް އުޅޭ ކުއްޖެއް ނޫން ކަން ދައުލަތާއި ދިފާއުނ ހުށަހެޅް ހެކިންގެ ހެކިބަހުން ވެސް ސާފުވެއެވެ. އަދި ކުއްޖާއާމެދު އެފަދަ ޢަމަލުތައް ހިނގިފަހުން ކުއްޖާ ކުލާހުގައިވެސް މަޑުމައިތިރިވެ، ކޔެވުމުގި ޝައުގުވެރިކަނ ނެތިގެން ދިޔަ ކަން ކުއްޖާގެ ކުލާސ އެހެން ދަރިވަރެއްކަމަށްވާ (ކުއްޖާގެ ނަން އުނިކޮށްފައި) ޝަރީޢަތަށް ދިން އިންޓަރވިއުގައި ބުނެފައިވެއެވެ.
50HN6ކުއްޖާގެ ކިބައިގައި ހުރި އެ ހަލަނި މިޒާޖަކީ ކުއްޖާގެ ބަސް ނަފީކުރުމަށް ދަށުކޯޓުން ވެސް ރިޢާޔަތްކޮށްފައިވާ ކަމެއް ނޫނެވެ. ކުއްޖާ ހަދަހަދައިގެނ ވާހަކް ދައްކަފާނެ ސަބަބެއް މި މައްސަލައިގައި ފެންނަން ނެތް އިރު، ކުއްޖާގެ އެ މިޒާޖަށް ބިނާކޮށް ކުއްޖާގެ ބަސް އެއްފަރާތް ކުރުމަކީ ނުވަތަ ކުއްޖާގެ ބަހަށް ދެވޭ ބުރަދަން ދަށްކޮށްލުމަކީ އިންސާފުވެރި ގޮތެއް ކަމުގައި އަހުރެން ނުދެކެމެވެ. އަދި އެ ބަސް އެއްފަރާތްކުރަންޖެހޭ ފަދަ ހަރުދަނާ ސަބަބެއް ނެތި، އެ ކުއްޖާގެ ބަސް އެކީ އެކަށް އެއްފަރާތް ކުރުމަކީ އެފަދަ ކުދިންނާމެދު ނުވަތަ މީހުންނާމެދު ޖިންސީ ގޯނާގެ ޢަމަލުތައް ހިންގުމަށް ދެވޭ ހިތްވަރެއ ކަމުގައް ވެދާނެ ކަމަށްޓަކައި، ޝަރީޢަތުން އެކަމަށް ފަރުވާތެރިވާން ޖެހެއެވެ.
51މިފަދަ ކަންކަން ސްކޫލުގައި ހިނގަނީ ކުދިން ކުލާހުގައި ސަކަރާތުގައި އުޅޭ ވަގުތުތަކުގައި ނުވަތަ ޕީ.އީ ގަޑީގައި ކަމަށް ކުދިން ކިޔައިދީފައިވެއެވެ. އަދި ކުލާހުގައި އަންހެން ކުދިންނާއި ފިރިހެން ކުދިން ތިބި ނަމަވެސް، ފިރިހެން ކުދިންގެ ބަހުން އެނގެން އޮތީ އަންހެން ކުދިންނާއި ފިރިހެން ކުދިން ތިބެނީ ކުލާހުގައި ވަކިން ކަމާއި އަންހެން ކުދިން ކުރާކަމކަ އެހާބޮޑަށް ފިރިހެން ކުދިން އަޅާލާނަހަދާ ކަމެވެ. އެހެންކަމުން ކުލާހުގައި އަންހެން ކުދިންނާމެދު ހިނގާ މިފަދަ ޢަމަލުތައް އެކުދިންނަށް ނުފެނި ހިނގައިދިއުމަކީ މި މައްސަލައިގައި އޮތް ހައިރާންވާންޖެހޭފަދަ ބޮޑު ޚިލާފެއް ކަމުގައި އަހުރެން ނުދެކެމެވެ. ނަމަވެސް އެ ފިރިހެން ކުދިންގެ ބަހުންވެސް ސާފުވާން އޮތް ކަމަކީ އަޙްމަދު ޝަރީފްގެ ކުލާސް ގަޑީގައި ފަހަކަށްއައިސް ކުލާހުގެ މަސްރަހު ގޯސްވާކަމާއި، އެ ގަޑީގައި އަންހެން ކުދިން އަޑުގަދަކުރާ ކަމާއި، ކުލާހުގެ ފަހަތަށް ދާކަމެވެ. އެއީ ކީއްވެގެން ހިނގާ ކަމެއްކަން އެނގުނީ ފަހުން އަންހެން ކުދިން ކިޔައިދިނުމުން ކަމެވެ. މި ކަންކަމީ އޭގެ ޒާތުގައި އަންހެން ކުދިންގެ ބަހަށް ބާރުދޭފަދަ ކަންކަމެވެ. މިއީ އަޙްމަދު ޝަރީފްގެ ކިބައިގައި ހުރި އިވުމާއި ފެނުމުގެ އުނިކަމެއްގެ ސަބަބުން ހިނގި ކަމެއް ކަމަށެ ބެލެވިދާނެތޯ؟
52އަޙްމަދު ޝަރީފް އަކީ އިވުމާއި ފެނުމުގެ އުނިކަމެއް ހުންނަ ފަރާތެއްކަމާއި އެކަމުގެ ސަބަބުން ތަންތާ ލައިގަނެ ވެއްޓި އަނިޔާވެސްވާކަމަށ ދަށުކޯޓަށް އަޙްމަދް ޝަރީފްގެ ފަރާތުން ހުށަހެޅި ދިފާއީ ހެކީންގެ ހެކިބަހުގައި ބުނެފައިވެއެވެ. އެ އުނިކަން އެގޮތުގައި ހުރި ނަމަ ވެސް، ދަށު ކޯޓުން ފާހަގަކޮށްފައިވާ ކަމަކީ ކުދިންގެ ނާޒުކު ގުނަވަންތަކުގައ ހިފުމާއި މިފަދަ އެހެނިހެން ޢަމަލުތަކަކީ އަޙްމަދު ޝަރީފްގެ ކިބައިގައި ހުރި އިވުމާއި ފެނުމުގެ އުނިކަމެއްގެ ސަބަބުން ހިނގާފާނެ ފަދަ ޢަމަލުތަކެއް ނޫންކަމެވެ.
53ކުދިންގެ ޖިންސީ ގުނަވަންތަކުގައި ހިފުމާއި، ފޫކޮޅުގައި ތަކުރާރުކޮށް ޖެހުމާއި، އަންހެން ކުދިންގެ ގައިގައި ބައްދައި އޮޅުލައި ހެދުމާއި، ކިޔަވައިދިނުމުގެ ނަމުގައި ކުދިންނާ ބޭއަދަބީ ވާހަކަ ދެއްކުމާ މި އެންމެހާ ކަންކަމީ، އިވުމާއި ފެނުމުގައ ހުރި އުނިކަމަކުން ހިނގާފާނެ ކަމެއް ކަމަށް ސަބަބުވެރި އިންސާނެއް (man reasonable) ގެ ވިސްނުމުން ވިސްނާއިރު އަހުރެންނަށް ޤަބޫލުނުކުރެވެއެވެ. އެ ޢަމަލުތަކަކީ އެޙާލަތުގައި ސީދާ އެ ޢަމަލުތަކުންވެސް ޖިންސީ ނިޔަތް ދޭހަކޮށްދޭފަދަ ޢަމަލުތަކެކެވެ. މިކަން މިގޮތުގައެ އޮތް ހިނދު، އަދި މިޢަމަލުތައް ސާބިތުވާމިންވަރުގެ ކާފީ ހެކި ދަށުކޯޓަށް ހުށަހެޅިފައިވީހިނދު، މި މައްސަލައިގައި ކުށުގެ މައުނަވީ ރުކުން ފުރިހަމަނުވާކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވަނީ ޚާއްޞަ ޤާނޫނު ގެ މަޤްސަދު ހާސިލުކުރެވޭ ފަދައިން ކަމުގައި އަހުރެން ނުދެކެމެވެ.
54ކުރިންވެސް ފާހަގަކުރެވުނު ފަދައިން، މި މައްސަލައިގައި ދަށުކޯޓުން ކަމާގުޅޭ ޤާނޫނީ ހަމަތައް ތަޠުބީޤުކޮށްފައިވެއެވެ. ނަމަވެސް އެ ހަމަތައް ތަޠުބީޤުކުރުމުގައާއި ހެކިތަކަށް ރިޢާޔަތްކުރުމުގައި ގޯސް ހެދިފައިވާތީ އަދި އެކަމުގެ ސަބަބުން އިންސާފަށް ހުރަސްއެޅިފައިވާތީ، މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ ޤަޟިއްޔާގައި ބުނާ އުސޫލުން އިސްތިއުނާފީ ކޯޓުން ދަށުކޯޓުގެ ނިންމުން ބަދަލުކުރަންޖެހޭ ހާލަތެއް އޮތް މައްސަލައެއް ކަމުގައި އަހުރެން ދެކެމެވެ.
ކުށް ސާބިތުވުން
55އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދަޢުވާ ސާބިތުކުރުމަށް ދަށުކޯޓަށް ހުށަހެޅި ހެކި ޤަރީނާތަކަށް ރިޢާޔަތްކުރިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާ އާއި، ޤާނޫނާ ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު)ގެ 47 ވަނަ މާއްދާގައިވާ ފަދައިން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ކަނޑައެޅިފައިވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އަޙްމަދު ޝަރީފްގެ މައްޗަށް އުފުލާފައިވާ ދަޢުވާގައި ބަޔާންކުރާ ކުށް ސާބިތު ވެއެވެ. . ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ) އަދަބާމެދު ވާހަކަދެއްކުން
56HN8ދައުލަތުން އަޙްމަދް ޝަރީފްގެ މައްޗަށް އުފުލާފައިވާ އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަން 18 އޮގަސްޓު 2026 ދުވަހު ކަނޑައެޅުމަށްފަހު، ހަމަ އެ އަޑުއެހުމުގައި އަދަބާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށްޓަކައި ދެފަރާތަށް ފުރުސަތު ދެވުނެވެ. އެގޮތުން އަދަބާމެދު ދައުލަތުން ބުނެފައިވަނީ، ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނ)ގ 9 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން، އަޙްމަދު ޝަރީފްގެ މައްޗަށް ކުށް ސާބިތުވުމުން ކަނޑައެޅޭނެ އަދަބަކީ 15 (ފަނަރަ) އަހަރާއި 18 (އަށާރަ) އަހަރާ ދެމެދުގެ ޖަލު އަދަބު ކަމަށެވެ. މި މައްސަލައިގައި އަޙްމަދު ޝަރީފް 5 އަންހެން ކުދިންނަށް ޖިންސީގޯނާ ކޮށްފައިވާތީ، އެންމެ ބޮޑު އަދަބު ކަމަށްވާ 18 (އަށާރަ) އަހަރުގެ ޖަލު އަދަބު ކަނޑައަޅައިދިނުން އެދޭ ކަމަށެވެ.
57އަދި މި މައްސަލައާ ގުޅިގެން އަޙްމަދު ޝަރީފް 6 އޮކްޓޫބަރު 2016 ދުވަހު ހައްޔަރުކޮށް 10 ނޮވެންބަރު 2016 ދުވަހު ދޫކޮށްލާފައިވާތީ، އަޙްމަދު ޝަރީފް ބަންދުގައި ހޭދަކުރި 35 (ތިރީސް ފަހެއް) ދުވަސް އަޙްމަދު ޝަރީފް ތަންފީޛްކުރަންޖެހޭ ޖަލު އަދަބުން އުނިކޮށްދިނުނ އެދް ކަމަށެވެ.
58އަޙްމަދު ޝަރީފްގެ ފަރާތުން އަދަބާމެދު ވާހަކަދައްކަމުން ބުނެފައިވަނީ އަޙްމަދު ޝަރީފަކީ އިވުމާއި ފެނުމުގެ އުނިކަން ހުންނަ ފަރާތަކަށްވާތީ އެކަމަށް ރިޢާޔަތްކޮށްދިނުނ އެދް ކަމަށާއި، ދައުލަތުން އެ ފާހަގަކުރި އަޙްމަދު ޝަރީފް ބަންދުގައި ހޭދަކުރި މުއްދަތު ރަނގަޅު ކަމަށާއި އެ މުއްދަތު އަޙްމަދު ޝަރީފް ތަންފީޛްކުރަންޖެހޭ ޖަލު އަދަބުން އުނިކޮށްދިނުނ އެދް ކަމަށާއި، ޤާނޫނުގައި ބަޔާންކުރާ އެންމެ ލުއި އަދަބު ކަނޑައަޅައިދިނުން އެދޭ ކަމަށެވެ.
އަދަބު ކަނޑައަޅަން ފެންނަ ގޮތް
59ދެފަރާތުން އަދަބާމެދު ދެއްކި ވާހަކަތަކަށާއި މި މައްސަލައިގައި ކަން ހިނގާފައިވާގޮތަށް ރިޢާޔަތްކޮށް އަދި އަޙްމަދު ޝަރީފްގެ އިތުރު ކުށުގެ ރެކޯޑެއް ނެތުމާއެކު، މި މައްސަލައިގައި ކުށް ސާބިތުވުމާ ގުޅިގެން ޢުޤޫބާތެއްގެ ގޮތުން އަޙްމަދު ޝަރީފް 15 (ފަނަރަ) އަހަރަށް ޖަލަށް ލުމަށް ޙުކުމްކުރުމަށް ފެނެއެވެ.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު؛
60ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު؛
61ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 12/2009 ގެ 13 ވަނަ މާއްދާގެ (މ)
- ޤާނޫނު ނަންބަރު 12/2009 ގެ 47 ވަނަ މާއްދާ (ނ)، (ދ)، (ޅ)، (ކ)، (އ)
- ޤާނޫނު ނަންބަރު 12/2009 ގެ 60 ވަނަ މާއްދާގެ (ރ)
- 2019/SC-A/77 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު)
- 2020/SC-A/94 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނަޞީރު)
- 2024/SC-A/05 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިލްހާމް ޢަބްދުއްރަޙްމާން)
- 2022/SC-A/51 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.