ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2026/HC-B12/11

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޢާމިރު ޙަސަން

ދަށުކޯޓުގެ ނިންމުން ބާޠިލުޚިލާފު ރައުޔެއް
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 30 އޭޕްރީލް 2026ދަށު ކޯޓު: ނ. މިލަދޫ މެޖިސްޓްރޭޓް ކޯޓު D20C-CA/02/2026ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ނ. މިލަދޫ މެޖިސްޓްރޭޓް ކޯޓު D20C-CA/02/2026
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުޑަކުއްޖެއްގެ ބަރަހަނާ ފޮޓޯ ލީކުކޮށްލާނެ ކަމަށް ބުނެ ބިރުދެއްކި ތުހުމަތުގައި ބަންދުގައި ތިބި މީހަކު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ދައުލަތުން އެދުނުއިރު، ބަންދުކުރަމުން އައި ހާލަތު ބަދަލުވި ކަމަށް ބަލައި ޝަރުތުކޮށް ބަންދުން ދޫކޮށްލި ދަށުކޯޓުގެ އަމުރު ޤާނޫނީ ހަމަތަކާ އެއްގޮތް ހެއްޔެވެ؟ އަދި ދޫކުރުމުގައި ކުރި ޝަރުތުތައް އެކަށީގެންވޭ ހެއްޔެވެ؟

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށުކޯޓުގެ އަމުރު ބާޠިލު؛ 3 ދުވަހުގެ ތެރޭގައި ދައުލަތުން ހުށަހަޅައިފިނަމަ 5 ދުވަހުގެ ތެރޭގައި ބަންދާމެދު އަލުން ގޮތެއް ނިންމުމަށް ދަށުކޯޓަށް އަމުރުކުރި (އަޣުލަބިއްޔަތުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ޖަވާބު ހޯދަންޖެހޭނީ، ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ބާރުދޭ ހެކި ހުރިތޯއާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ޙާލަތްތަކުންކުރެ ޙާލަތެއް ވުޖޫދުވެދާނެތޯ އެވެ (ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕީޖީ). [އަޣުލަބިއްޔަތު]

HN2 ކުރިން ބަންދުކުރި ހާލަތު ޤާނޫނީ ގޮތުން ބަދަލުވި ކަމަށް ބަލައި ބަންދުން ދޫކޮށްލާނަމަ، ބަދަލުވި ގޮތް ސަބަބުތަކާއެކު އިޖުމާލީ ގޮތެއްގައި ނަމަވެސް ބަންދުން ދޫކުރާ ކޯޓު އަމުރުގައި ފަނޑިޔާރު ބަޔާންކުރަން ވާނެއެވެ؛ ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރި ތުހުމަތު އެޅިފައިވާ މީހަކު ކުޑަކުދިން ދިރިއުޅޭ މާޙައުލަކަށް ދޫކޮށްލަންވާނީ ހާލަތަށް ބަދަލު އައިސްފައިވާ ގޮތް ސާފުކޮށް ބަޔާންކުރުމަށް ފަހުގައެވެ. [އަޣުލަބިއްޔަތު]

HN3 ހެކިތައް ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ފޮރެންސިކް/ޑިޖިޓަލް ހެކި ކަމުގައިވިޔަސް ޝަފަހީ ހެކިވެސް ހުށަހެޅިފައިވާނަމަ، ތުހުމަތުކުރެވޭ ފަރާތް ހެކިވެރިންނާ ތަފާތު ދުރު ރަށެއްގައި ދިރިއުޅުމަކީ، ޑިޖިޓަލް ވަސީލަތްތައް ފުޅާވެފައިވާ ޒަމާނެއްގައި، ހެކިވެރިންނަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު ނެތިގެންދާ ސަބަބެއް ނޫނެވެ. [އަޣުލަބިއްޔަތު]

HN4 ކުޑަކުއްޖެއްގެ ކަރާމަތާއި ޙައްޤުތަކާ ގުޅޭ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތުގެ ކުށުގެ ރެކޯޑެއް ނެތުމާއި މުޖުތަމަޢުގައި އޭނާގެ އުޅުން ވަޒަންކޮށްފައި ނުވުމަކީ، އޭނާގެ ފަރާތުން ކުޑަކުދިންނަށް ނުރައްކަލެއް ނުވާނެ ކަމުގެ ޤަޠުޢީ ހުއްޖަތެއް ނޫނެވެ؛ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ބެލުމުގައި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 (ނ) ގެ (1) އިން (6) އަށް ބަޔާންކުރާ ކަންކަމަށް ރިޢާޔަތްކުރަން ވާނެއެވެ. [އަޣުލަބިއްޔަތު]

HN5 ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައިވާ މީހަކު ދޫކޮށްލާނަމަ، ކުރާ ޝަރުތުތަކަކީ މުޖުތަމަޢުގެ ހުރިހާ ކުޑަކުދިން ރައްކާތެރިކުރެވޭ، އަދި ގާތުން މޮނިޓަރ ކުރެވޭފަދަ ޝަރުތުތަކަކަށް ވާން ޖެހޭނެއެވެ؛ އަނިޔާލިބުނު ކުއްޖާއާއި ހެކިވެރިންނާ މުޢާމަލާތް ނުކުރުން ފަދަ ކަނޑައެޅިގެން މޮނިޓަރ ނުކުރެވޭ ޝަރުތުތަކަކީ އެކަށީގެންވާ ޝަރުތުތަކެއް ނޫނެވެ. [އަޣުލަބިއްޔަތު]

HN6 ދަށުކޯޓުން ގޮތެއް ކަނޑައަޅަންދެން ހައިކޯޓުގެ އަމުރަކުން ބަންދުކުރުމަށް އެދޭނަމަ، އެ ޟަރޫރަތު ދައުލަތުން ބުނެދޭން ޖެހޭނެއެވެ. [އަޣުލަބިއްޔަތު]

ވަކީލުންނާއި ފަނޑިޔާރުން

ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ޓޯޓަލް ލީގަލް ސޮލިއުޝަން
ބެންޗު
ޙުސައިން މަޒީދު، ޢަބްދުލްމާނިޢު ޙުސައިން، އިސްމާޢީލް ޝަފީޢު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙުސައިން މަޒީދު · ތާއީދުކުރެއްވީ: އިސްމާޢީލް ޝަފީޢު
ޚިލާފު ރައުޔު
ޢަބްދުލްމާނިޢު ޙުސައިން

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1ކުޑަކުއްޖެއްގެ ބަރަހަނާ ފޮޓޯ ލީކުކޮށްލާނެ ކަމަށް ބުނެ ބްލެކްމެއިލްކޮށް ބިރުދައްކާފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލައަކާ ގުޅިގެނ 13 ޑިސެންބަރު 2025 ދުވަހު ނ.މިލަދޫ، މިލާން، މުޙައްމް ދ ޢާމިރު ޙަސަން ހައްޔަރުކުރެވުނެވެ.

2އެއަށްފަހު 4 )ހަތަރު( ފަހަރެއްގެ މަތިން މުޙައްމަދު ޢާމިރު ޙަސަނގެ ބަންދުގެ މުއްދަތު އިތުރުކުރެވިފައިވެއެވެ.

3އެގޮތުން މުޙައްމދަ ޢާމިރު ޙސަނަ ބަންދުގައި ބަހައްޓަމުން އައިސްފައިވަނީ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށްޓަކައި އަދި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވުމުގެ އިހުތިމާލު އޮތް ކަމަށް ބަޔާންކޮށް ޚާއްސަ ޤާނޫނުގެ ދަށުންނެވެ.

4އެމައްސަލައާ ގުޅިގެނ، ޤާނޫނު ނަންބަރ 9/2014 )ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު( ގެ ދަށުން މުޙައްމަދް ޢާމިރު ޙސަނަ ގެ މައްޗަށް ޖުމްލަ 3 )ތިނެއް( ދައުވާއެއް 26 މާރިޗު 2026 ދުވަހުމިލަދުންމަޑުލ ދެކުނުބުރީ މިލަދޫ މެޖިސްޓްރޭޓް ކޯޓށްހުށަހެޅުނެވެ.

5ދައުވާ ހުށަހެޅުމާއެކު، މުޙައްމަދ ޢާމިރު ޙަސަނު ޝަރީޢަތް ނިމެންދެން ބަންދުކޮށްދިނުން އެދި މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ މެޖިސްޓްރޭޓް ކޯޓެ ށ ދައުލަތުން ހުށަހެޅިއެވެ. މި ހުށަހެޅުން ބިނާކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ކ( އާއި ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ )ހ( އާއި )ނ( އަށެވެ. . ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު( . ޤާނޫނު ނަންބަރު 2016/12 . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެކުލަވާލާފައިވު ނަންބަރު 01-REG-SC-2021 ގަވާއިދު

6އެ ހުށަހެޅުމާގުޅގި ން އެ ކޯޓުން ނިންމީ މުޙައްމަދު ޢާމިރު ޙަސަން ޝަރުތުކޮށް ބަންދުން ދޫކޮށްލުމަށެވެ. އެގޮތުނި އެ ނިންމުން ބިނާކޮށްފައިވަނީ އަންނަނިވ 3 ސަބަބުގެ މައްޗަށެވެ.

6.1. "ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައި ވީނަމަވެސް، ތުހުމަތުކުރެވޭ ފަރާތް ބަންދުގައި ބަހައްޓަންޖެހޭ ހާލަތަށް ބަލާ ވަޒަންކުރުމަށ މައްސަލް ހިނގާފައިވާގޮތަށް ބަލާއިރް މައިގަނޑުގޮތެއްގައި ހެކިތަކަކެފް ރންސިކް އަދި ޑިޖިޓަލް ވަސީލަތްތަކ ގުޅާ ހެކިތަކަކަށްވެފައި އެހެކިތައް ހުރީ ދައުލަތުގެ މުއައްސަސާތަކުގެ ބެލުމުގެ ދަށުގައިކަމާއި، އަނިޔާލިބުނު ފަރާތާއި ތުހުމަތުކުރެވޭ ފަރާތް ހަމައެކަނި މުޢާމަލާތްކޮށްފައިވަނީ ސޯޝަލް މީޑިއާ އާއި، ޑިޖިޓަލް ވަސީލަތްތަކުން އެކަނިކެ މުންނާއި، ދެމީހުންވެސ ދިރިއުޅެން ނުވަތަ ވަޒަންވެރިވެފިއިވަނީ ދެހިސާބެއްގ ދެރަށުގައް ކަމާއި، އެހެންކަމުން މިހެކިތަކަކީ ނުފޫޒެއް ފޯރުވޭނެ ހެކިތަކެއްކަމަށް ނުފެނނަކަނ

6.2. މެޖުތަމްޢުގަ ސަލާމަތަށް ނުރައްކަލެއް އޮތްތޯ ބަލާއިރު ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގޭގޮތުގައި އެފަރާތުގެ އެއްވެސް ކުށުގެ ރެކޯޑެއް ނެތް ކަމާއި، މުޖުތަމަޢުގައި މީނާގެ އުޅުމާއި ވައްޓަފާޅި ވަޒަންކޮށްފައި ނުވާކަން

6.3. މި މައްސަލައިގައި ތަހުޤީޤު ފުރިހަމަކޮށް ނިމިފައިވާތީއާއި، މައްސަލައިގައި ދައުވާކުރުމަށ ޝަރީޢަތަށް މައްސަލަ ހުށަހަޅާފައިވާކަން" މިއެވެ.

7އީ ނިންމުމާމެދު ހިތްހަމަނުޖެހިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ D10C-CA/02/2026 ކޯޓު އަމުރު ދިވެހިރާއްޖޭގު ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފ ރައްދުވަނަން.މިލަދޫ، މިލާން، މުޙައްމދަ ޢާމިރު ޙަސަނގެ މައްޗަށެވެ.

އިސްތިއުނާފީ ނުކުތާ

8މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D10C-CA/02/2026 ކޯޓު އަމުރު އިސްތިއުނާފުކުރަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާއެވެ. . މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު CA/02/2026-D10C ކޯޓު އަމުރު • އެ ނުކުތާ އަކީ: ދަށުކޯޓުގެ ކޯޓު އަމުރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި، 143 ވަނަ މާއްދާގެ )ރ( އާއި، ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު(ގ 60 ވަނަ މާއްދާގެ )ހ( އާއި، އެ މާއްދާގެ )ށ( އާއި، އެ ޤާނޫނުގެ 59 ވަނަ މާއްދާ އާއި، ގަވާއިދު ނަންބަރު 2021-SC-REG-01 )ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު( ގ 13 ވަނަ މާއްދާގެ )ހ( އާއި )ނ( އާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.

އިސްތިއުނާ ފުކުރާ ފަރާތުގެ ވާހަކަ އަދި އެދޭގޮތު

9އިސްތިއުނާފީ ނުކުތާއާ ގުޅިގެން ދައުލަތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ މުޙައްމދަ ޢާމިރު ޙަސަން ބަންދުން ދޫކޮށްލުމަށް ނިންމާފައިވަނީ ހެކިންނަށް ނުފޫޒުފޯރުވުމުގެ އިހުތިމާލާއި، މުޖުތަމަޢުގެ ސަލާމަތަށ އޮތް ނުރައްކާ ވަޒަންކުރުމުގައި އެންމެ ރަނގަޅަށް ޤާނޫނު ތަޠުބީޤުކޮށްގެން ނޫން ކަމަށެވެ. މުޙައްމަދް ޢާމިރު ޙަސަންގެ މައްޗަށް ތުހުމަރުކުރެވޭ ކުށާއި އެ ކުށް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މިންވަރުގެ ހެކި ލިބިފައިވާއިރު، ކުށުގެ ބާވަތުން އޭގެ ޒާތުގައި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ އޮތް ކަމަށ ބަލަންޖެހޭކމަށެވެ. ހަމައެހެންމެ އަދިވެސް އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެންވެސް ހެއްކަށް ނުފޫޒުފޯރުވުމުގެ އިހުތިމާލު އެބައޮތް ކަމަށެވެ. އެހެންކަމުން ދަށުކޯޓުން ހާލަތު ބަދަލުވިކަން ވަޒަންކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ.އެގޮތުން ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ )ހ( އާއި )ނ( އަށް ދަށުކޯޓުން ފުރިހަމައަށް ރިޢާޔަތްކޮށްފައިނުވާކަމަށެވެ.

10ވުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭގޮތަކީދަށުކޯޓުގ ކޯޓެ އަމުރު ބާޠިލުކޮށް، މުޙައްމަދު ޢާމިރު ޙަސަންގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް 3 ދުވަހުގެ ތެރޭގައި ދަށު ކޯޓަށް ހުށަހެޅުމުން، އެ ހުށަހެޅުމާމެދު 5 ދުވަހުގެ ތެރޭގައި ގޮތެއް ކަނޑައެޅުމަށް އަމުރުކޮށްދިނުމާއެކު، މުޙައްމަދު ޢާމިރު ޙަސަންގެ ބަންދާމެދު ދަށުކޯޓުން ގޮތެއް ކަނޑައަޅަންދެން މުޙައްމަދު ޢާމިރު ޙަސަން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްދިނުން ކަމަށެވެ.

އިސްތިއުނާފުރައްދުވ ފަރާތުގާ ވާހަކަ އަދި އެދޭގޮތް

11ޖަވާބުގައި މުޙައްމަދު ޢާމިރު ޙަސަންގެ ފަރާތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ މި މައްސަލައިގައި ހިމެނެމައިގަނޑު ހެކިތަކަކީ ފޮރެންސިކް ހެކިތަކެއްކަމަށާއި،އެ ހެކިތައް ހުރީ ދައުލަތުގެ ބެލުމުގެ ދަށުގައި ކަމަށްވެ.ދައުވާ ވެސް ހުށަހެޅިފައިވުމާއެކު ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލެއ ނެތް ކަމަށް ދަށުކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމަށެވެ. ހަމައެހެންމެ، ޝަރުތުކޮށް ބަންދުން ދޫކޮށްލާފައިވާއިރު، މުޖުތަމަޢުގެ ސަލާމާތާށް ނުރައްކާ ވެދާނެ ކަމަށް ބެލެވުމުގެ އިހުތިމާލެއ ވެސް ނެތް ކަމަށްއި، މުޖުތަމަޢުއަށް ނުރައްކާވާ މީހެއްކަމަށް ހަމައެކަނިބުނާބުނުމަކުން ނުފެދޭ ކަމަށާއި ހެކި ޤަރީނާ ހުންނަންވާނެކަމްށާއަ މުޖުތަމަޢަށް ނުރައްކާވާގޮތް އެމީހެއްގެ ބެކްގްރައުންޑުގައ ބަލައި ކަނޑައަޅަންޖެހޭ ކަމަށ ސުޕްރީމް ކޯޓުގްޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް 2020/SC-A/93 ޤަޟިއްޔާގައި ކަނޑއަޅާފައިވާކަމަށާއި،އިސްތުއުނާފ ކުރު ފަރާތަކިކުށުގެ ވެށީގައި އުޅޭ ފަރާތެއް ނޫން ކަމަށާއި، ޒިންމާދާރު ވަޒީފާއެއ އަދާކުރަމުން އާއިލާއެއ ބަލަހައްޓަމުން އަންނަ މީހެއް ކަމަށެވެ. މީގެ އިތުރުން ބަންދާ މެދު ގޮތް ނިންމުމުގައި ދަށު ކޯޓުގެ ފަނޑިޔާރު ޤާނޫނީ ގޮތުން ހެއްދެވި ގޯހަކީ ކޮބައިކަން ދައުލަތުން ފަނޑިޔާރީންނަށ ކޮންވިންސްވާ މިންވަރަށް ސާފުކޮށްދފައިނުވާކަމަށެވެ. އެހެންކަމުން ދަށުކޯޓުގެ ކޯޓު އަމުރު ނެރެފައިވަނީ ޤަނޫނީ ހަމަތަކާ ޚިލާފަށް ކަމަށް ބެލެވޭނެ ޖާގައެއް ނެތް ކަމަށެވެ.

12އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭގޮތަކ ދަށުކޯޓުގެ އަމުރު ދަމަހައްޓައިދިނުން ކަމަށެވެ.

ހައިކޯޓުގެ ކުރިމަތީގައި އޮތް ޤާނޫނީ ސުވާލު

13މި މައްސަލައިގައި ހައިކޯޓުގެ ކުރިމަތީގައި ގޮތް ކަނޑައެޅުމަށް އޮތީ އަންނަނިވި ޤާނޫނީ ސުވާލުތަކެވެ.

13.1. މުޙައްމަދ ޢާމިރު ޙަސަންޝަރުތުކޮށ ބަންދުން ދޫކޮށްލާފައިވަނެމުޙައްމަދ ޢާމިރު ޙަސަނު ބަންދުކުރަމުން އައި ހާލަތު ބަދަލުވެގންތ؟ އަދި

13.2. މުޙައްމަދު ޢާމިރު ޙަސަން ބަންދުން ދޫކުރުމުގައި ކޮށްފައިވާ ޝަރުތުތަކަކީ އެކަށީގެންވާ ޝަރުތުތަކެއްތ؟ އެވެ.

މުޙައްމަދު ޢާމިރު ޙަސަން ބަންދުކުރަމުން އައި ސަބަބު

14މި ޤަޟިއްޔާގެ ތަޢާރަފުގައި ބަޔާންކުރެވުނު ފަދައިން ތަޙްޤީޤް މަރުހަލާގައި މުޙައްމަދު ޢާމިރު ޙަސަން ބަންދުކުރަމުން އައިސްފައިވަނީ އަދި އެންމެ ފަހުންވެސް ބަންދު ދަމަހައްޓާފައިވަނީ އަންނަނިވ 2 )ދޭއް( ސަބަބު އެގޮތުގައި އޮތުމުންކަން ކަމާބެހޭ ކޯޓު އަމުރުތަކަށް ބެލުމުން އެނގެން އޮވެއެވެ.

14.1. ހ އްކަށް ނުފޫޒު ފޯރުވަފެ ނެކަމުގެ އިހުތިމާލު އޮތުން

14.2. މުޖުތަމައުގައި ދިރިއުޅޭ ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، މިއެވެ.

މުޙައްމަދު ޢާމިރު ޙަސަން ބަންދުން ދޫކުރުން

15އިސްތިއުނާފު ކުރެވިފައިމިވާ، 'ޝަރުތުކޮށް ބަންދުން ދޫކޮށްލުމުގެ އަމުރު' ދަށު ކޯޓުން ނެރެފައިވަނީ، މުޙައްމަދާ ޢާމިރު ޙަސަންގެ މައްޗަށް ކުރެވުނު ތުހުމަތާ ގުޅިގެން ދަށު ކޯޓަށް ދައުވާ އުފުލުމަށްފަހު، ޝަރީޢަތުގެ މަރުހަލާ ނިމެންދެން މުޙައްމަދު ޢާމިރު ޙަސަން ބަންދުކޮށްދިނުމަށ ދައުލަތުން އެދް ހުށަހެޅުމާ ގުޅިގެންނެވެ.

16ދައުލަތުގެ އެ ހުށަހެޅުން ބިނާކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ކ( އާއި ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ )ހ( އާއި )ނ( އަށެވެ.

17އެ ހުށަހެޅުމާ ގުޅިގެން ގޮތް ނިންމާ، މުޙައްމަދު ޢާމިރު ޙަސަން ޝަރުތުކޮށް ބަންދުން ދޫކުރުމުގައި ދަށު ކޯޓުން ބަޔާންކޮށްފައިވަނީ އަންނަނިވި ސަބަބުތަކެވެ.

17.1. "ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައި ވީނަމަވެސް، ތުހުމަތުކުރެވޭ ފަރާތް ބަންދުގައި ބަހައްޓަންޖެހޭ ހާލަތަށް ބަލާ ވަޒަންކުރުމަށ މައްސަލް ހިނގާފައިވާގޮތަށް ބަލާއިރް މައިގަނޑުގޮތެއްގައި ހެކިތަކަކެފް ރންސިކް އަދި ޑިޖިޓަލް ވަސީލަތްތަކ ގުޅާ ހެކިތަކަކަށްވެފައި އެހެކިތައް ހުރީ ދައުލަތުގެ މުއައްސަސާތަކުގެ ބެލުމުގެ ދަށުގައިކަމާއި، އަނިޔާލިބުނު ފަރާތާއި ތުހުމަތުކުރެވޭ ފަރާތް ހަމައެކަނި މުޢާމަލާތްކޮށްފައިވަނީ ސޯޝަލް މީޑިއާ އާއި، ޑިޖިޓަލް ވަސީލަތްތަކުން އެކަނިކަމުންނާއި، ދެމީހުންވްސ ދިރިއުޅެން ނުވަތަ ވަޒަންވެރިވެފައިވަނީ ދެހިސާބެއްގ ދެރަށުގައިކަމާއި، އެހެންކަމުން މިހެކިތަކަކީ ނުފޫޒެއް ފޯރުވޭނެ ހެކިތަކެއްކަމަށް ނުފެން ނކަނ

17.2. މެޖުތަމްޢުގަ ސަލާމަތަށް ނުރައްކަލެއް އޮތްތޯ ބަލާއިރު ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގޭގޮތުގައި އެފަރާތުގެ އެއްވެސް ކުށުގެ ރެކޯޑެއް ނެތް ކަމާއި، މުޖުތަމަޢުގައި މީނާގެ އުޅުމާއި ވައްޓަފާޅި ވަޒަންކޮށްފައި ނުވާކަން

17.3. މި މައްސަލައިގައި ތަހުޤީޤު ފުރިހަމަކޮށް ނިމިފައިވާތީއާއި، މައްސަލައިގައި ދައުވާކުރުމަށ ޝަރީޢަތަށް މައްސަލަ ހުށަހަޅާފައިވާކަން" މިއެވެ. ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ޖަވާބު ހޯދަންޖެހޭ ދެ ސުވާލު

18HN1ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގައި،އ މައްސަލައިގެ ޙުކުމް ބިނާވެފައިވާ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔުގައި، ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައަޅައި އެ މީހާ އިތުރަށް ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު . ޤާނޫނު ނަންބަރު 2016/12 . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެކުލަވާލާފައިވު ނަންބަރު 01-REG-SC-2021 ގަވާއިދު . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 ޤަޟިއްޔާ . ބަލަންޖެހޭކަންކަން ބަޔާންކުރައްވާ ފައިވެއެވެ. އެގޮތުން އެ ރައުޔުގެ 17 ވަން ނަންބަރުގައި މިފަދަ މައްސަލަތަކުގއަ ފަނޑިޔާރި ޖަވާބު ހޯދަންޖެހޭ އަންނަނިވި ދެ ސުވާލު ބަޔާންކުރައްވާފައިވއެވެ. )ހ( ފަނޑިޔާރުގެ ކުރިމައްޗަށް ޙާޟިރުކޮށްފައިވާ މީހާއާ މެދު ތުހުމަތު ކުރެވުނު ކުށް އޭނާ ކުރިކަމަށް ބާރުދޭ ހެކި ހުރިކަން ނުވަތަ ނޫންކަމެވެ. )ށ( ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުންކުރެ ޙާލަތެއް ވުޖޫދުވެދާނެކަން ނުވަތަ ނޫންކަމެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުކުރެވޭ މީހުން ބަންދުންދޫކުރުމ ގުޅާ ހަމަތައް

19މި މައްސަލައަކީ ޚާއްސަ ޤާނޫނުގެ 36 ވަން މާއްދާގަ ދަށުން ބަންދު މުރާޖަޢާކޮށް ނިންމާފައިވާ ކޯޓު އަމުރަކ ގުޅާ އިސްތިއުނާފެއް ނޫނެވެ. އެހެން ނަމަވެސް، ޤާނޫނީ ސަބަބުތަކެއް އޮތްކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވިގެން ޚާއްސަ ޤާނޫނުގިދަށުންތަހުޤީޤު މަރުހަލާގައްމުޙައްމަދ ޢާމިރު ޙަސަނު ބަންދުކުރަމުން އައިސްފައިވާކަން އެނގެން އެބައޮތެވެ.

20HN2އްހެންކަމުންމުޙައްމަދ ޢާމިރު ޙަސަންބަންދުން ދޫކޮށްލާނަމަ، ނުވަތަ އިތުރަށް ބަންދުގައި ނުބަހައްޓަނ ނިންމާނަމަ، ކުރިނާބަންދުކުރި ހާލަތު ޤާނޫނީގޮތުން ބަދަލުވިކަން ފަނޑިޔާރަށް ޤަބޫލުކުރެވުނުގޮތ ސަބަބުތަކާއެކު އިޖުމލީގޮތެއްގައި ނަމަވެސެ،ބަންދުން ދޫކޮށްލުމަށް ނެރޭ ކޯޓު އަމުރުގައި ފަނޑިޔާރު ބަޔާންކުރަންވާނުއެވެ. މި މޭރުމުން މިކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނަރަލް ވ. އަޙްމަދ ޙަމްދޫން ޙަސަނިޤަޟިއްޔާގައި އަހުރެންގެ ރައުޔުގައަ)އަޣުލަބިއްޔަތު( ބަޔާންކޮށްފްއިވާނެއެވެ. އެހެންކަމުނ . ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސް ގޯނާކުރާމީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު( . ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީ ގޯނާކުރާމީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނ( މިފަދަ މައްސަލަތުގައި ހާލަތު ބަދަލުވެގެން ބަންދުން ދޫކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ފަހުގެ ނިންމުންތަކަށް ބަލާލާނަމެވެ.

21HN5އެގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ބިޝާރު އިސްމާޢީލް ޤަޟިއްޔާގައި ބަންދު މުރާޖަޢާ ކުރާއިރު ހާލަތު ބަދަލުވެފައިވޭތޯ ބެލުމުގައިފުރަތަމަ ބަންދުކުރިއިރު ވުޖޫގައ އޮތް ކަމަށް ހަވާލާދިން ހާލަތަށް ބަދަލު އައިސްފައިވޭތޯ ބަލަންޖެހޭނެ ކަމާއު ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރިކަމުގެ ތުހުމަތު އެޅިފައިވާ މީހަކް، ކުއްޖާ ދިރުއުޅޭ މާހައުލަށ ނުވަތް ކުޑަކުދިން ދިރިއުޅޭ މާހައުލަކަށ ދޫކޮށްލަންވާނ ބަންދުކުރީ ހާލަތަށް ބަދަލު އައިސްފައިވާކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވޭނަމަ، އެ ހާލަތުތަކަށ ބަދަލް އައިސްފައިވާގޮތް ފަނޑިޔާރުގެ ނިންމުމުގައި ސާފުކޮށް ބަޔާންކުރުމަށްފަހުގައކަމަށ ކަނޑއަޅުއްވާއްފައިވެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގު ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަބްދުﷲ ޤެޟިއްޔާގައިވެސ މިމޭރުމުން ކަންކަން ބަޔާންކުރައްވައި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައިވ މީހަކާ ހާލަތު ބަދަލުވެގެން ބަންދުން ދޫކޮށްލާނަމަވެސް އ ކުރި ޝަރުތަކާ މުޖުތަމައުގައ ހިމެނި ހުރިހާ ކުޑަކުދިން ރައްކާތެރިކުރެވޭފަދަ އަދި އެ ޝަރުތުތަކާ އެއްގޮތަށް އަމަލުކުރާކަނ ގާތުން ބަލައި އެކަށީގެންވާ މަތީ މިންގަނޑަކުން މޮނިޓަރ ކުރެވޭފަދަ ޝަރުތުތަކެއްކަނ ފަނޑިޔާރް ކަށަވަރު ކުރަންވާނެކަމަށް ކަނޑައަޅުއްވާފައިވެއެވެ. ހަމައެހެންމެ ކުށުގެ ތުހުމަތުގައިވާ މީހާ، އަނިޔާ ލިބުނު ކުއްޖާއާ ތަފާތު ގެއެއްގައި ދިރިއުޅުމަކީ ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރެވޭ ކަމެއް ނޫންކަން އެ ޤަޟިއްޔާގައި ބަޔާންކުރާއްވާފައިވެއެވެ. މިމޭރުމުން މިކަންކަން ދިވެހިރާއްޖޭގެ ހައިކޯޓުގް ޕްރޮސިކިއުޓަރ ޖެނަރަލް ވ. މުޙައްމަދު ޔުނާނ ޤަޟިއްޔާގައި އަހުރެންގެ ރައުޔުގައި )އިއްތިފާޤު( ބަޔާންކޮށްފައިވާނެއެވެ. . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 9A/1-2024/SC ޤަޟިއްޔާ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/13 ޤަޟިއްޔާ މުޙައްމަދު ޢާމިރު ޙަސަން ބަންދުން ދޫކޮށްލާފައިވަނީ ޤާނޫނީ ހަމަތަކާ އެއްގޮތަށްތޯ؟

22މައްސަލައިގެ ތަހުޤީޤު ނިމި މުޙައްމަދު ޢާމިރު ޙަސަންގެ މައްޗަށ 26 މާރިޗު 2026 ދުވަހު ދަށުކޯޓަށް ހުށަހެޅުނު 3 )ތިނެއް( ދައުވާއަކީ ޚާއްސަ ޤާނޫނުގުދަށުނ އުފުލުން ދައުވާތަކެއް ނޫނެވެ. އެއީޤާނޫނ ނަންބަރ 9/2014 )ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު( ގެ ދަށުން ދައުލަތުން ހުށަހެޅި ދައުވާތަކެކެވެ. ނަމަވެސް އެ ދައުވާ ތަކުގ މުޅި ތަބީޢަތް ގުޅެނީ ކުޑަކުއްޖެއްގެ ކަރާމަތާއެވެ.

23އިސްތިއުނާފުކުރެވިފައިވާ ދަށް ކޯޓުގު ކޯޓެ އަމުރަށް ބެލިއިރު،މުޙައްމަދ ޢާމިރު ޙަސަންގެ މައްޗަށ އޮތް،މި މައްސަލައިގައި ހެއްކަށްނުފޫޒުފޯރުވުމުގެ އިހުތިމާލާ ގުޅޭގޮތުން ބަޔާންކޮށްފައިވަނީ"ހެކިތަކަކީ ފ ރ ންސިކް އަދި ޑިޖިޓަލް ވަސީލަތްތަކ ގުޅާ ހެކިތަކަކަށްވެފައި އެހެކިތައް ހުރީ ދައުލަތުގެ މުއައްސަސާތަކުގެ ބެލުމުގެ ދަށުގައިކަމާއި، އަނިޔާލިބުނު ފަރާތާއި ތުހުމަތުކުރެވޭ ފަރާތް ހަމައެކަނި މުޢާމަލާތްކޮށްފައިވަނީ ސޯޝަލް މީޑިއާ އާއި، ޑިޖިޓަލް ވަސީލަތްތަކުން އެކަނިކމުންނާއި، ދެމީހުންވެސ ދިރިއުޅެން ނުވަތަ ވަޒަންވެރިވެފައިވަނީ ދެހިސާބެއްގެ ދރަށުގައިކަމާއި، އެހެންކަމުން މިހެކިތަކަކީ ނުފޫޒެއް ފޯރުވޭނެ ހެކިތަކެއްކަމަށް ނުފެންނަ" ކަމަށެވެ.އަދާމައްސަލައިގެ ތަހުޤީޤު ނިމި ދައުވާ އުފުލާފައިވާ ކަމަށްވެސް އެ އަމުރުގައި ފާހަގަކޮށްފައިވެއެވެ.

24HN3މި މައްސަލާގައި ދަށު ކޯޓަށް ހުށަހަޅާފައިހުރީ ފޮރެންސިކް އަދި ޑިޖިޓަލް ހެކިތަކެއް އެކަންޏެއް ނޫންކަމާއި،ޝަފަވީ ހެކި ހުށަހެޅިފައިވާކަމާމެދު ޚިލާފެއް ނެތެވެ. މި މައްސަލާގައި މައިގަނޑު ގޮތެއްގައިހުރ ފޮރެންސިކް އަދި ޑިޖިޓަލް ހެކި ކަމާއި، އެ ހެކިތައް ހުރީ ދައްލަތުގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ކަމަށް ވުމީ، އެ ހެކިތަކަށް ރައްކާތެރިކަނެލިބިފައި ވާކަމަށް ބެލެވިދާނެ ޙާލަތެކެވެ.

25ނަމަވެސް މި މައްސަލާގައި ދައުލަތުގެ ކަންބޮޑުވުމަކީ ޝަފަވީ ހެއްކަށް ފުނޫޒު ފޯރުވުމުގެ އިޙްތިމާލު އޮތ އޮތުމެވެ.ޑިޖިޓަލް އޖާދު ކުރިއަރާފައިވާ ޒަމާނެއްގައި، އަދި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ކުށް ކޮށްފައިވާކަމަށް ތުހުމަތުކުރެވި ދައުވާކުރެވިފައިވ މައްސަލައަކާ ގުޅިގެނާ ބަންދާ މެދު ގޮތެއް ކަނޑައަޅާހިނދު، . ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ( ހެކިވެރިންނ އެއާ ރަށެއްގައި ދިރިނޫޅުމަކީ،ނުވަތަ ދުރު ހިސާބެއްގެ ރަށެއްގައި ދިރިއުޅުމަކްހެކިބަސްދޭނ ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު ނެތިގެން ދާ ސަބަބެއް ކަމަށް ސަބަބުވެރި ވިސްނުމަކުން ބަލާއިރް އަހުރެންނަށ ޤަބޫލުނުކުރެވެއވެ. މި މައްސަލާގައި 3 ޝަފަވީ ހެއްކެއްވެސް ހެކީގެ ގޮތުގައަދަށުކޯޓަށ ހުށަހަޅާފައިވާނެ ކަމށ ދައުލަތުން ފާހަގަކޮށްފައިވއިރ، މި ހެކިންގެ ތެރގައިހިމެނޭ ކުއްޖާގެ ބޮޑުބޭބެއަކަށޭ މުޙައްމަދ އާމިރު ޙަސަންކުއްޖާގެ ފޫޅުންމަތި ފެންނަހެން ހުސްގަޔާހުރު ފޮޓޯއެއް ފޮނުވާ ހަދާފައިވާކަމަށް ދައުލަތުން ބުނެއެވެ. މި މަރުހަލާގައި ހެކިތައް ވަޒަންކުރަން ނުޖެހެއެވެ. ނަމަވެސް ހެކިތަކަށް ޖުމްލަކޮށް މަތިމަތިން ބަލާއިރު،ދަށު ކޯޓްށް ހުށަހެޅިފައިވާ ހެކިތަކަކީ ނުފޫޒުފޯރުވޭނެ ހެކިތަކެއްކަމަށް ނުފެންނަކަމަށް ދަށު ކޯޓުނިކަނޑައަޅާފއވަނީ ރަނގަޅަށްކަމުގައި ނުދެކެމެވެ.

26HN4މުޖުތަމަޢުގެސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ދަށުކޯޓުގެ އަމުރުގައިބަޔާނކޮށްފައިވަން "މުޖުތަމްޢުގަ ސަލާމަތަށް ނުރައްކަލެއާއޮތްތޯ ބަލާއިރު ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގޭގޮތުގައި އެފަރާތުގެ އެއްވެސް ކުށުގެ ރެކޯޑެއް ނެތް ކަމާއި، މުޖުތަމަޢުގައި މީނާގެ އުޅުމާއި ވައްޓަފާޅި ވަޒަންކޮށްފައި ނުވާ" ކަމަށެވެ.ކުޑަކުއްޖެއްގެ ކަރާމަތާއި ޙައްޤުތަކާ ގުޅިފައިވާ މި ފަދަ ޚައްޞާޞީ މައްސަލައެއްގައި ދަޢުވާލިބޭ ފަރާތުގެ ކުށުގެ ރެކޯޑެއް ނެތުމާއި މުޖުތަމަޢުގައި އޭނާގެ އުޅުމާއި ވައްޓަފާޅި ވަޒަންކޮށްފައި ނުވުމަކް އޭނާގެ ފަރާތުން މުޖުތަމަޢުގައި ދިރިއުޅޭ ކުޑަކުދިންނަށް ނުރައްކަލެއް ކުރިމަތު ނުވާނެކަމަށް ބަލަންޖެހޭ ޤަޠުޢީ ހުއްޖަތެއް ނޫނެވެ.މުޖުތަމަޢެގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލުމުގައި ރިޢާޔަތްކުރަންވާނެ ކަންކަން ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއދުގ 13 ވަނަ މާއްދާގެ )ނ( ގެ )1( އިން )6( އަށް ބަޔާންކޮށްފައިވާއިރު، އ އެންމެހާ ކަންކަމަށް ދަށުކޯޓުގެ ފަނޑިޔާރު ޖުމްލަކޮށްނަމަވެސ ރިޢާޔަތްކޮށްފައިވާކަން އެ އަމުރުން އެނގޭކަށް ނެތެވެ.އަދި މުޙައްމަދު ޢާމިރު ޙަސަނިއާމެދިކުރިނ ދަމަހައްޓަމުން އައްމުޖުތަމަޢުގައ ދިރިއުޅޭ ކުޑަކުދިންގެ ސަލާމަތަށް 2021-SC-REG-01 . ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ބްލެވުނު ބެލެވުނެޤާނޫނީ ހަމަތަކުން ނެތިދިޔަ ގޮތެއް މުޙައްމަދު ޢާމިރު ޙަސަންބަންދުން ދޫކޮށްލި އަމުރުގައި އެކަށީގެންވާ މިންވަރަށް ބަޔާންކޮށްދެވިފައި ވާކަމުގައި އަހުރެނ ނުދެކެމެވެ.

27ކަނަ މިހެންއޮތްއިރުމުޙައްމަދ ޢާމިރު ޙަސަނު ބަންދުން ދޫކޮށްލާފައިވަނީ ޤާނޫނީ ހަމަތަކާ އެއްގޮތަށް ކަމަށް ބެލެވިދާނެ ޖާގައެއް އޮތްކަމަށް ބެލެވޭކަށް ނެތެވެ. މުޙައްމަދު ޢާމިރު ޙަސަން ބަންދުން ދޫކޮށްލުމުގައި ކޮށްފައިވާ ޝަރުތު އެކަށީގެންވޭތޯ؟

28މުޙައްމަދ ޢާމިރު ޙަސަންބަންދުން ދޫކޮށްފައިވަނަކަމާގުޅޭ ޤާނޫނީ ހަމަތަކަށް ފުރިހަމަ ރިޢާޔަތްކުރެވިގެން ނޫން ކނަ ބަޔާންވެހިނގައްޖެއެވެ. މުޙައްމަދު ޢާމިރު ޙަސަނިބަންދުން ދޫކުރުމުގައި ކޮށްފައިވު ޝަރުތުތައް އެކަށީގެންވޭތޯ ބަލާއިރު، އެ ޝަރުތުތަކުގެ ތެރޭގައާ އަނިޔާލިބުނކަމަށް ބަޔާންކުރާ ކުއްޖާއާ އެއްވެސް މުއާމަލާތެއް ނުކުރުމާއި ހެކިބަސްދޭން ތިބި ފަރާތްތަކާ އެއްވެސް މުޢާމަލާތެއް ނުކުރުން ހިމެނިފައިވެއެވެ. ނަމަވެސް މި ޝަރުތުތަކަކީ ކަނޑައެޅިގެން މޮނިޓަރ ކުރެވޭނެ ޝަރުތުތަކެއްކަން އެނގެން ނެތަތ މިއީ މުޖުތަމަޢުގެ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރެވޭފަދަ އަދި ޝަރުތުތަކުގެ މަގުސަދު ހާސިލުވާނެފަދަ ޝަރުތުތަކެއް ކަމުގައި ނުދެކެމެވެ. ހަމައެހެންމެ މިއީ ދިވެހިރާއްޖޭގެ ސުޕްރމ ކޯޓުގް ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަބްދުﷲ ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ބިޝާރު އިސްމާޢީލާޤަޟިއްޔ އާއާ މީގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ޕްރޮސިކިއުޓަރ ޖެނަރަލް ވ. މުޙައްމަދު ޔުނާނ ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/13 ޤަޟިއްޔާ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 9A/1-2024/SC ޤަޟިއްޔާ ޕްރޮސިކިއުޓަރ ޖެނަރަލް ވ. އަޙްމަދު ޙަމްދޫން ޙަސަންޤަޟިއްޔާގައި ކަނޑައަޅާފައިވާ ހަމަތަކާވެސ ޚިލާފް ޝަރުތުތަކެއް ކަމުގައި ދެކެމެވެ. ދަށު ކޯޓުން މުޙައްމަދު ޢާމިރު ޙަސަންގ ބަންދާމެދު ގޮތެއް ކަނޑައަޅަންދެން ރިމާންޑް ޖަލެއްގައި ބަންދުކޮށްދިނުމަށް އެދިފައިވުމާގުޅޭ

29HN6ދައުލަތުން މި މައްސަލައިގައި އެދިފައިވަނީ ދަށު ކޯޓުން މުޙައްމަދް ޢާމިރު ޙަސަނގެ ބަންދާމެދު ގޮތެއް ކަނޑައަޅަންދެން ރިމާންޑް ޖަލެއްގައްމުޙައްމަދ ޢާމިރު ޙަސަނިބަންދުކުރުމަށ ހައިކޯޓުން އަމުރުކޮށްދިނުމަށެވެ. ނަމަވެސް ދަށު ކޯޓުން ބަންދާމެދު ގޮތެއް ކަނޑައަޅަންދެން، ރިމާންޑް ޖަލެއްގައި މުޙައްމަދު ޢާމިރު ޙަސަން މި ކޯޓުގެ އަމުރަކުން ބަންދުކުރުމުގެ ޟަރޫރަތެއް މިހިނދުގައި ކޮންމެހެން އޮތްކަން މި މައްސަލައިގައި ދައުލަތަށް ބުނެދެވިފައި ނުވެއެވެ.

ނިންމަން ފެންނަގޮތް

30އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން،އިސްތިއުނާފުކުރެވިފައި މިވާ ކޯޓު އަމުރު ބާޠިލްކޮށް، މުޙައްމަދު ޢާމިރު ޙަސަންގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް 3 )ތިނެއް( ދުވަހުގެ ތެރޭގައި ދައުލަތުން މިލަދުންމަޑިލު ދެކުނުބުރުމިލަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފިނަމަ، މި ޤަޟިއްޔާގައި ދީފައިވާ އިރުޝާދާއ ކަމާގުޅޭ ޤާނޫނީ ހަމަތަކަށް ރިޢާޔަތްކޮށް، އެ ހުށަހެޅުމާމެދު 5 )ފަހެއް( ދުވަހުގެ ތެރޭގައި ގޮތެއް ކަނޑައެޅުމަށް މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ މެޖިސްޓްރޭޓް ކޯޓުގެ މައްޗަށް އމުރުކޮށ މި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިނގް ރައުޔު؛

31މި އިސްތިއުނާފުގައި ދައުލަތުން ފާހަގަކުރަނީ،މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނި ކަމަށްޓަކައިއަދި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށްޓަކައް ސަރިޔަތް ނިމެންދެން މުޙައްމަދު ޢާމިރު ޙަސަން ބަންދުގައި ބަހައްޓަން ޖެހޭ ކަމަށެވެ.

32އިސްތިއުނާފުކޮށްފައިވާ އަމުރުގެ ދަށުން، މުޙައްމަދު ޢާމިރު ޙަސަން ޝަރުތުކޮށް ބަންދުން ދޫކޮށްލުމަށް އަމުރުކުރުމުގެ ކުރިން ހަތަރު ފަހަރެއްގެ މަތިން އެކި މެޖިސްޓްރޭޓް ކޯޓުތަކުން އެކި ފަނޑިޔާރުން މުޙައްމަދ ޢާމިރ ޙަސަނު ބަންދުގައި ބެހެއްޓުމަށް އަމުރު ދީފައިވްއިރު، އެ އަމުރުތަކުގެ ދަށުން ވަކި ސަބަބަކަށްޓަކައި މުޙައްމަދް ޢާމިރު ޙަސަނު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވުމަކީ، މުޙައްމަދު ޢާމިރު ޙަސަން ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެދުނު ހިނދު އެ ކަމާމެދު ނިންމި ގޮތުގެ މައްޗަށް ކުރިން ނެރެފައިވާ އަމުރުތަކުގެ ކަނޑައެޅުންތަކުނ އެއްވެސް ހިޔަންޏެއ އެޅެން ޖެހޭ ސަބަބެއްކަމުގައި ނުދެކެމެވެ. ބަންދުގެ މުއްދަތު އިތުރުކުރުމާމެދު ގޮތް ނިންމަން ބާއްވާ ކޮންމެ މަޖިލީހަކީ އުސޫލެއްގެ ގޮތުން މުސްތަގިއްލު ވަކި މަޖިލީހެކެވެ.ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކޮށްފައިވް އަމުރެއްގެ މުރާޖައާ މަޖިލީހެއް ނަމަ އެކަނ ތަފާތުވީހެވެ.

33މުޙައްމަދް ޢާމިރު ޙަސަންޝަރީޢަތާނިމެންދެން ބަންދުކޮށްދިނުމަށް ނ.މިލަދޫ މެޖިސްޓްރޭޓް ކޯޓުގައި އެދުނުއިރު، އޭނާގެ މައްޗަށް އެ ކޯޓުގައި އޮތީ ދައުވާ އުފުލާފައެވެ. ކުރި ތަހުގީގ އޮތު ނިމިފައެވެ. ކުރި ދައުވ އާއާ ލިބޭނެ އަދަބާއި، ހެކި ގަރީނާ ހުރިގޮތުގެ ތަފުސީލުތައ ހުރް ފެންނާށެވެ. ތަހުގީގުގައިތުހުމަތ ކުރާ ގާނޫނާއި މާއްދާތަކާއި ދައުވާ އުފުލުނު ގޮތަށް އައި ބަދަލުތައް ހުރީ އެނގޭށެވެ. ބަންދު ދަމަހައްޓައި ދިނުމަށް އެދޭ ގޮތުގައި އޮތް ފަރަގާއި އެކަމުގެ ނަތީޖާ ވެސް އޮތީ އެނގޭށެވެ. ވީމާ މި ހާލަތުގައި، ބަދަލުވެފައިވާ މި ހަގީގަތްތަކާއި، ދެ ފަރާތުން ފާހަގަކުރި ނުކުތާތަކަށް ރިއާޔަތްކޮށް، މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމަށް އެންމެ ފުޅާ ދާއިރާގައި ނަޒަރުކޮށް ވިސްނައި ގޮތް ކަނޑައެޅޭނީ، އަދި އެ ގޮތް ކަނޑައެޅުމުގެ ފުރިހަމަ އިހުތިޔާރު ލިބިފައި އޮތީ ވެސް ދަށު ކޯޓުގައި ބަންދާމެދު ގޮތް ނިންމެވި ފަނޑިޔާރަށް ކަމާމެދު ޝައްކެއް ނެތެވެ.

34އިސްތިއުނާފުކޮށްފައިވާ އަމުރުގެ ދަށުން މުޙައްމަދު ޢާމިރު ޙަސަން ޝަރުތުކޮށް ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައި ވަންބަންދުގައި ބަހައްޓަންޖެހޭ ހާލަތެއް އޮތް ކަމަށުފަނޑިޔާރަށް ގަބޫލުނުކުރެވތީ ތަފުސީލާއެކޭ އެކަން ބަޔާންކުރުމަށްފަހުގައިކަން އިސްތިއުނާފުކޮށްފައިވާ އަމުރަށް ބެލުމުން ސާފުކޮށް އެނގެން އެ އޮތީއެވެ.

35ދަށް ކޯޓުގު ފަނޑިޔާރު އިހުތިޔާރުކޮށ ގޮތެއް ކަނޑައަޅަންޖެހޭ ކަމެއްގައި، ދަށު ކޯޓުގެ ފަނޑިޔާރު އެ އިހުތިޔާރު ބޭނުންކުރި ގޮތުގެ މައްޗަށް ވަނުމަކީ މަދު ހާލަތެއްގައި މެނުވީ އިސްތިއުނާފީ ކޯޓުން ކުރާނޭ ކަމެއް ނޫން ކަމަށް ބަޔާންކޮށް، އެ ފަދަ އިހުތިޔާރެއްގެ މައްޗްށް އިސްތިއުނާފީ ކޯޓަކުން ވަންނަން ވާނެ ހާލަތްތައް ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ ޤަޟްއްޔާގައި ކަނޑައަޅާފައިވާއިރު، އިސްތިއުނާފުކޮށްފައިވާ އަމުރުގެ ދަށުން މުޙައްމަދު ޢާމިރު ޙަސަން ޝަރުތުކޮށް ބަންދުން ދޫކޮށްލުމަށް އަމުރުކުރުމުގައި ދަށުކޯޓުގެ ފަނޑިޔާރު ހިޔާރުކުރި ގޮތުގެ ތެރެއަށް ވަންނަން ޖެހޭފަދަ، ހަވާލާދެވުނު ޤަޟިއްޔާގައ ބަޔާންވެފައިވާފަދަ ހާލަތެއް އޮތްކަން މި އިސްތިއުނާފުގައި ދައުލަތަށް ދެއްކިފައިވާ ކަމަށ އަހުރެންނަށް ފާހަގައެއް ނުވެއެވެ.

36ދައުލަތގު އިސްތިއުނާފެ ނުކުތާ ބިނާކޮށްފައި ވަނަ،އިސްތިއުނާފ ރައްދުވު ފަރާތާ ބަންދުގައި ބީހައްޓަނޖެހޭ ކަމަށް ދައުލަތަށް ފެންނައިރު، އެކަން ފަނޑިޔާރަށް ގަބޫލުކުރެވިފައި ނުވާތކަމުގައި ފެނެއެވެ. ފަނޑިޔާރަށް ފެންނަ ގޮތް ދައުލަތަށް ނުފެންނަނީއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/51 ޤަޟިއްޔާގެ 15 ވަނަ ޕެރެގްރާފް

37ބަންދުގެ މުއްދަތު އިތުރުކުރުމާމެދު ދަށު ކޯޓުގެ ފަނޑިޔާރު ނިންމާ ނިންމުމެއް އިސްތިއުނާފަށް ހުށަހަޅަން ވާނީ،ބަންދުގެ މުއްދަތު އިތުރުކުރުމާމެދްގޮތެއް ނިންމުމުގައި، ގާނޫނީ ޚިލާފެއްވާކަމަށ ނުވަތް ގާނޫނު ތަތުބީގު ކުރުމުގައި ނުވަތަ ގާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ނުވަތަ ކޯޓުގެ ނިންމުމަށް އަސަރުކުރުވަނިވި އިޖުރާއީ ގޯހެއް ހިނގާފައިވާކަމަށް ގަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ހުރކަމަށ ހަމަ ހަގީގަތުގައި ވެސް ގަބޫލުކުރެވިގެންނެވެ. އެއްވެސް ހާލެއްގައި، އިސްތިއުނާފީ މަރުހަލާއަކީބަންދުގ މުއްދަތު އިތުރުކުރުމާމެދު ގޮތެއް ނިންމުމަށް ހޯދޭ ދެވަނަ ފުރުސަތެއް ކަމުގައި ދެކިގެނެއް ނޫނެވެ.ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއަށް ބަލާއިރު، އިސްތިއުނާފުކޮށްފައިވާ އަމުރުގެ ދަށުން މުޙައްމަދު ޢާމިރު ޙސަނަ ޝަރުތުކޮށް ބަންދުން ދޫކޮށްލުމަށް އަމުރުކުރުމުގައި ފަނޑިޔާރު ޚިލާފުވެފައި ވަނީ ކަނޑައެޅިގެން ކޮން ގާނޫނީ އުސޫލަކާކަން އެކަށީގެންވާ ގތެއްގައ ބަޔާންކޮށްދެވިފައި ނުވެއެވެ. ދަށުކޯޓުން ހަދާފައިވާ ކަމަށް ފެންނަ ގޯހާ ގުޅޭގޮތުން ބުރަދަން ހުރި ގާނޫނީ ބަހުސެއް ދައުލަތަށް ހުށަހެޅިފައި އޮތް ތަނެއް ނުފެނެއެވެ.

38ވީމާ މި ފާހަގަކުރި ކަންކަމަށް ރިއާޔަތްކޮށް ބަލާއިރު އިސްތިއުނާފުކޮށްފައިވ އަމުރާ ބާތިލުކުރާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި މި އިސްތިއުނާފު ނިންމަން ފެނެއެވެ. ފަނޑިޔާރު އިސްމާޢީލް ޝަފީޢު ގެ ރ އުޔ؛

39ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ. ގާނޫނު ނަންބަރު 22/2010 )ދިވެހިރާއްޖޭގ ކޯޓުތަކުގެ ގާނޫނު(ގެ 43 ވަނަ މާއްދާ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ