ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2024] SC 23 · 2024/SC-A/19

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ބިޝާރު އިސްމާޢީލް

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
ފަހުގެ ޙުކުމަކުން ތަފާތުކޮށްފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 15 މޭ 2024ދަށު ކޯޓު: ކްރިމިނަލް ކޯޓު 145-B10(898,899-2020)/ABA/2023/22ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2023/HC-B12/82، 145-B10(898,899-2020)/ABA/2023/22
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކްރިމިނަލް ކޯޓުން 26 މޭ 2021 ގައި މުޙައްމަދު ބިޝާރު އިސްމާޢީލް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމިއެވެ. 7 ޑިސެމްބަރު 2023 ގައި އޭނާ ބަންދު މުރާޖަޢާކުރަން އެދުމުން، 12 ޑިސެމްބަރު 2023 ގެ އަޑުއެހުމުގައި ކްރިމިނަލް ކޯޓުން ބަންދުގެ އަމުރު ބާޠިލުކޮށް ޝަރުޠުކޮށް ދޫކޮށްލިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލް ހައިކޯޓަށް އިސްތިއުނާފުކުރުމުން، ހައިކޯޓުގެ 2023/HC-B12/82 ޤަޟިއްޔާގައި ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކުރިއެވެ. އޭގެފަހުން ޕްރޮސިކިއުޓަރ ޖެނެރަލް ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިއެވެ.
ވާޤިޢާ
މުޙައްމަދު ބިޝާރު އިސްމާޢީލްގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކީ، ކުޑަކުދިންނަށް އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރެ، އެއްބަނޑު ދެބޭންނާ އެކު އެކުދިން ދިރިއުޅުނު ވެށީގައި ތަކުރާރުކޮށް ޖިންސީ ޢަމަލުތައް ހިންގިކަމެވެ. ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ ޝަރީޢަތުގައި ހެކިން ދިން ހެކިބަހުގެ ސަބަބުން ހާލަތު ބަދަލުވެފައިވާ ކަމަށް ބުނެއެވެ. އޭނާ މިހާރު ދިރިއުޅެނީ ގިނަ ކުޑަކުދިން ދިރިއުޅޭ ގެއެއްގައި ކަމަށާއި، އޭނާގެ މައްޗަށް ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރިކަމުގެ އިތުރު ދަޢުވާއެއްގެ ޝަރީޢަތްވެސް ހިނގަމުންދާކަން ސުޕްރީމް ކޯޓުގައި ސާފުވިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓާފައިވާ މީހެއްގެ ބަންދު މުރާޖަޢާކޮށް ދޫކޮށްލުމުގައި، ބަންދުކުރި ހާލަތު ބަދަލުވި ގޮތް ސާފުކޮށް ބަޔާންނުކޮށް، އަދި ހެކިންގެ ހެކިބަސް ނެގިފައިވުމަށް ބަލައި ހެކިންނަށް ނުފޫޒުފޯރުވުމުގެ އިޙްތިމާލު ނެތްކަމަށް ބަލައި ދޫކޮށްލެވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ، ތުހުމަތު އުފެދޭ މިންވަރަށް ހެކި ހުރިއިރު، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ހާލަތްތަކުގެ ތެރެއިން ހެކިންނަށް ނުފޫޒުފޯރުވުމުގެ އިޙްތިމާލާއި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވުމުގެ ހާލަތު ވުޖޫދުގައި ވަނިކޮށް، އެކަމަށް ރިޢާޔަތްނުކޮށާއި ހާލަތު ބަދަލުވި ސަބަބު ބަޔާންނުކޮށް ދޫކޮށްލި ނިންމުމަށް ހައިކޯޓުން ތާއީދުކުރުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށެވެ. ހައިކޯޓުން ބުނީ، ބަންދުގެ ހާލަތު ބަދަލުވި ގޮތް އިޖުމާލީ ގޮތެއްގައި ބަޔާންކޮށްފައިވާތީ ނިންމުމުގެ ސަބަބު ސާފުވާ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ސުޕްރީމް ކޯޓުން ކަނޑައެޅީ، ބަންދާމެދު ނިންމާއިރު ފުރަތަމަ ބަލަންޖެހޭނީ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިތޯ ކަމަށާއި، ދެން ބަލަންޖެހޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ ގެ ހާލަތެއް ވުޖޫދުވުމުގެ ގާތްކަން ބޮޑުތޯ ކަމަށާއި، އެކަމުގައި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކުރަންޖެހޭ ކަމަށެވެ. ޝަރީޢަތް ހިނގަމުންދާތީ ތުހުމަތު އުފެދޭ މިންވަރަށް ހެކި ހުރިކަމަށް ބަލަންޖެހޭ ކަމަށާއި، ހެކިންގެ ހެކިބަސް ނެގިފައިވުމަކީ ހެކިންނަށް ނުފޫޒުފޯރުވުމުގެ އިޙްތިމާލު ނެތިގެންދިއުމެއް ނޫން ކަމަށާއި، ކުޑަކުދިންނަށް ޖިންސީ އަނިޔާކުރިކަމުގެ ތުހުމަތުގައިވާ މީހަކު ދޫކޮށްލެވޭނީ ހާލަތު ބަދަލުވިކަން ސާފުކޮށް ބަޔާންކޮށްގެން ކަމަށް ކަނޑައެޅިއެވެ. އެހެންކަމުން ދަށު ކޯޓުތަކުގެ ނިންމުންތައް ބާޠިލުކޮށް، 7 ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން ގޮތެއް ކަނޑައަޅަންދެން އޭނާ ރިމާންޑް ޖަލުގައި ބަންދުކުރުމަށާއި، 48 ގަޑިއިރުގެ ތެރޭގައި ބަންދު މުރާޖަޢާކުރަން ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް އަމުރުކުރިއެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ނިންމުންތައް ބާޠިލު؛ ކްރިމިނަލް ކޯޓުން ގޮތެއް ކަނޑައަޅަންދެން ރިމާންޑް ޖަލުގައި ބަންދުކުރުމަށް (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ފުރަތަމަ ބަލަންޖެހޭނީ އެމީހަކު ކުރި ކަމަށް ތުހުމަތު ކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިތޯ ނުވަތަ ނޫންތޯއެވެ. ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިނަމަ، ދެން ބަލަން ޖެހޭނީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ޙާލަތްތަކުންކުރެ ޙާލަތެއް ވުޖޫދުވެދާނެކަން ނުވަތަ ނޫންކަމެވެ. އެފަދަ ޙާލަތެއް ވުޖޫދުވެފައި އޮތްތޯ ބެލުމުގައި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާޢިދުގެ 13 ވަނަ މާއްދާގެ (ނ) ގައި ބަޔާންވެގެންވާ ކަންކަމަށް ފަނޑިޔާރުން ރިޢާޔަތް ކުރަން ޖެހޭނެއެވެ.

HN2 މި ފަދަ ކަމެއްގެ އިހުތިމާލު އޮތްތޯ ނުވަތަ ނޫންތޯ ކޯޓުން ބަލަންވާނީ، ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގެ ޙުކުމުގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ފަދައިން، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ސަބަބެއް ވުޖޫދުވުން، އެފަދަ ސަބަބެއް ވުޖޫދު ނުވުމަށްވުރެ ގާތްކަން ބޮޑުކަމުގެ މައްޗަށެވެ. މިފަދައިން ބަލާ ބެލުމުގައި އެ ފަދަ ސަބަބެއް ވުޖޫދުވެދާނެކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެނަމަ، ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްކަމުގައި ކަނޑައެޅިދާނެއެވެ.

HN3 ތުހުމަތު އުފެދޭ މިންވަރަށް ހެކި ހުރުމަކީ ހެކީގެ ވަރަށް ދަށް މިންގަނޑެކެވެ. އެހެންކަމުން، މި މައްސަލަ ކްރިމިނަލް ކޯޓުގެ ޝަރިއަތުގެ މަރުހަލާއަށް ގޮސްފައިވާނީ އެންމެ ކުޑަމިނުން އޭނާގެ މައްޗަށް ޝަރިއަތްކުރެވޭ މިންވަރަށް މަދަނީ މިންގަނޑުން ހެކި ހުރުމުން ކަމަށް ބަލަންޖެހެއެވެ. މަދަނީ މިންގަނޑުން ޝަރިއަތް ކުރެވޭ މިންގަނޑަށް ހެކި ހުރުމަކީ ތުހުމަތު އުފެދޭ މިންގަނޑަށް ވުރެ މަތީ މިންގަނޑެކެވެ.

HN4 ބަންދު މުރާޖައާ ކުރާއިރު ބަންދުކުރި ހާލަތު ބަދަލުވެފައިވޭތޯ ބެލުމުގައި ބަލަންޖެހޭނީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނެފައިވާ ހާލަތްތަކުންކުރެ ފުރަތަމަ ބަންދުކުރި އިރު ވުޖޭދުވެފައި ހުރި ކަމަށް ހަވާލާދިން ހާލަތުތަކަށް ބަދަލުއައިސްފައިވޭތޯ އެވެ.

HN5 ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރިކަމުގެ ތުހުމަތު އެޅިފައިވާ މީހަކު، ކުއްޖާ ދިރުއުޅޭ މާހައުލަށް، ނުވަތަ ކުޑަކުދީން ދިރިއުޅޭ މާހައުލަކަށް ޖޫކޮށްލުމުގެ ކުރިން، އަދި މަރުގެ މައްސަލަތަކުގައި މަރުގެ ކުށުގެ ތުހުމަތު އެޅިފައިވާ މީހަކު، ނުވަތަ މަސްތުވާތަކެތީގެ ތިޔަފާރި ކުރިކަމުގެ ތުހުމަތު އެޅިފައިވާ މީހަކު، އަދި ބޫނުއެއްޗެހި ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ ކަމުގެ ތުހުމަތު އެޅިފައިވާ މީހަކު ބަންދުން ދޫކޮށްލާންވާނީ އެހާލަތަށް ބަދަލުއައިސްފައިވާ ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭ ނަމައެވެ. އެހާލަތުތަކަށް ބަދަލު އައިސްފައިވާ ގޮތް ފަނޑިޔާރުގެ ނިންމުމުގައި ސާފުކޮށް ބަޔާންކުރަންވާނެއެވެ.

HN6 ޝަރީޢަތުން ހެކިންގެ ހެކިބަސް ނެގިފައިވުމަކީ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު ނެތި ދިއުންކަމުގައި ނުބެލެވެއެވެ. އެހެނީ މައްސަލައިގައި ޙުކުމް ކުރުމުގެ ކުރިން، ކުރިން ހާޒިރުކޮށްފައިވާ ހެއްކެއް އަލުން ހާޒިރު ކުރަންޖެހޭ ހާލަތެއް ކުރިމަތިވެދާނެއެވެ. އަދި މައްސަލައިގައި ޙުކުމް ކުރުމުގެ ކުރިއަށް ޝަރީޢަތުން ސާފުކުރަންޖެހޭ ކަމެއް ސާފުކުރުމުގެ ގޮތުން މައްސަލައިގެ އަޑުއެހުން ނިމުނު ނަމަވެސް، އަލުން އަޑުއެހުން ހުޅުވާލެވިދާނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުސްނުއްސުޢޫދު (ރިޔާސަތު)، މަޙާޒު ޢަލީ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
ރިޔާސަތު
ޙުސްނުއްސުޢޫދު
ރައުޔު ލިޔުނު ފަނޑިޔާރު
ޙުސްނުއްސުޢޫދު · ތާއީދުކުރެއްވީ: މަޙާޒު ޢަލީ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު

ހުސައިން ތާޢީދު ކުރައްވާފައި)

ތަޢާރުފު

1މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-B12/82 ގަޒިއްޔާ ނިމިފައިވާ ގޮތާމެދު ހިތްހަމަނުޖެހިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ މުޙައްމަދު ބިޝާރު އިސްމާޢީލްގެ ޚައްޗަށެކެ.

މައްސަލައިގެ ފަސްފަހަތް

2މި އިސްތިއުނާފީ މައްސަލައަކީ މުޙައްމަދު ބިޝާރު އިސްމާޢީލް ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރެ، އެއްބަނޑު ދެބޭންނާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ 2024 ދައުވާ މުޙައްމަދު ބިޝާރު އިސްމާޢީލްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅުނު މައްސަލައެކެވެ. އެއީ އެ ދެކުދީންނާމެދު، އެކުދިން ދިރިއުޅުނު ވެށީގައި، ތަކުރާރުކޮށް ޖިންސީ އަމަލު ހިންގިކަމުގެ ތުހުމަތުގައެވެ.

3މި ބަޔާންކުރި ދައުވާތަކާ ގުޅިގެން، މުޙައްމަދު ބިޝާރު އިސްމާޢީލް ޝަރިއަތް ނިމެންދެން ބަންދުކުރުމަށް، 26 މޭ 2021 ގައި ކްރިމިނަލް ކޯޓުން ނިންމާފައިވެއެވެ. މި ބަންދު މުރާޖައާކުރަން މުޙައްމަދު ބިޝާރު އިސްމާޢީލްގެ ފަރާތުން 07 ޑިސެންބަރު 2023 ގައި ހުށަހެޅިއެވެ. މުޙައްމަދު ބިޝާރު އިސްމާ736ލްގެ ފަރާތުން ހުށަހެޅި ބަންދު މުރާޖައާ ފޯމާ ގުޅިގެން 12 ޑިސެންބަރު 2023 ދުވަހު ބޭއްވުނު ބަންދު މުރާޖައާ އަޑުއެހުމުގައި، މުޙައްމަދު ބިޝާރު އިސްމާޢީލް ޝަރިއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނެރެފައިވާ އަމުރު ބާޠިލްކޮށް، ޝަރުޠުކޮށް، ދޫކޮށްފައިވެއެވެ.

4މި ނިންމުމާމެދު ހިތްހަމަނުޖެހިގެން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އިސްތިއުނާފުކުރިއެވެ. ކްރިމިނަލް ކޯޓުން ބަޔާންކޮށްފައިވާ ގޮތުން، އެ ކޯޓުން މުޙައްމަދު ބިޝާރު އިސްމާޢީލް ބަންދުން ދޫކޮށްލަން ނިންމާފައިވަނީ، މައްސަލައިގެ ހާލަތު ބަދަލުވެގެންނެވެ. ބަދަލުވީ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުމާ ގުޅޭ ހާލަތުކަމެއް ނުވަތަ ބަންދުގައި ބަހައްޓަންޖެހޭ ސަބަބުގެ ހާލަތުކަމެއް ސާފުވާން ނެތް ކަމަށް ޕްރޮސިކިއުޝަނުން ބުނެފައިވެއެވެ. ކްރިމިނަލް ކޯޓުން ބުނެފައިވަނީ ހެކިންގެ ހެކިބަހުގައި ހުރި ވާހަކަތަކަކީ ޝަރީއަތުން އަޅައިނުލައި ދޫކޮށްލެވޭނެ ނުވަތަ ރިއާޔަތްނުކޮށް ދޫކޮށްލެވޭނެ ވާހަކަތަކެއް ނޫންކަމަށެވެ. އަދި އެ ހާލަތުގައި ބަންދާމެދު ގޮތެއް ނިންމުމުގައި، ތަފުސީލުތައް ބަޔާންކުރަން ނުޖެހޭނެކަމަށް ކޯޓުން ބުނެފައި ވެއެވެ. އެހެންކަމުން އިސްތިއުނާފީ މައިގަނޑު ގާނޫނީ ނުކުތާއަކީ ކްރިމިނަލް ކޯޓުގެ ނިންމުން ނިންމި ސަބަބު ބަޔާންކޮށްފައި ނެތުމެވެ.

5މި މައްސަލަ ހައިކޯޓުން ނިންމީ އެ ކޯޓުގެ ނަންބަރު 2023/HC-B12/82 ގަޒިއްޔާ އިންނެވެ. ހައިކޯޓުން ނިންމީ، ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލުކުރަންޖެހޭ ގާނޫނީ ސަބަބެއް ނެތްކަމަށެވެ. ސަބަބަކީ، ބަންދުގެ ހާލަތު ބަދަލުވި ގޮތް އިޖުމާލީ ގޮތެއްގައި ނިންމުމުގައި ބަޔާންކޮށްފައިވާތީއެވެ. އެ މިންވަރުން ނިންމުމުގެ ސަބަބުތައް ސާފުވާނެކަމަށާއި، ހެކިން ހެކިބަހުގައި ބުނެފައިވާ ވާހަކަތަކަކީ ޚަސްމުން ނޯޓްކުރާ ލިޔެކިޔުންތަކުން ސާފުކުރަންޖެހޭ އެއްޗެއްކަމަށާއި، އަދި ވަކި ހެކިބަހެއް ނޭނގޭނަމަ، ކޯޓަށް ގޮސް އެހެކިބަހެއް އަލުން އަޑުއަހައި މައުލޫމާތު ސާފުކުރުމަކީ ދައުލަތުގެ ޒިންމާއެއްކަމަށެވެ. އެ ޒިންމާ އަދާނުކުރާ ނަމަ ދެން ނިކުންނަ ނަތީޖާގެ ޒިންމާ ނަގަންޖެހޭނީ ދައުލަތުން ކަމަށެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފު

6ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުން އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޝަނުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވ. ޕްރޮސިކިއުޝަނުގެ މައިގަނޑު ޝަކުވާއަކީ މި މައްސަލައިގައި މުޙައްމަދު ބިޝާރު އިސްމާޢީލުގެ މައްޗަށް ތުހުމަތު އުފެދޭ މިންވަރަށް ހެކިހުރި ކަމަށްވާތީ އާއި، ޝަރިއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުން ލާޒިމުވާ ހާލަތްތަކުންކުރެ ދެ ހާލަތެއް ވުޖޫދުގައި ވަނިކޮށް އެކަމަށް ރިއާޔަތްނުކޮށް، ބަންދުކުރުމާއި ދޫކޮށްލުމާބެހޭ ގޮތުން ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކޮށްފައި އޮތުމެވެ.

7މި މައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމާއި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު، ކުށުގެ ތުހުމަތުކުރެވޭ މިންވަރަށް މި މައްސަލައިގައި ހެކި ހުރި ހިނދު، އަދި ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުތަކުގެ ތެރެއިން ހެކިންނަށް ނުފޫޒު ފޯރުވޭނެ ހާލަތެއް ނެތް ކަމަށާއި، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ނެތް ކަމަށް ކްރިމިނަލް ކޯޓާއި ހައިކޯޓުން ނިންމި އިރު އެފަދަ ހާލަތެއް ނެތް ކަމަށް ކްރިމިނަލް ކޯޓާއި ހައިކޯޓުން ބުނާ ސަބަބު އެ ކޯޓުގެ ނިންމުންތަކުގައި ބަޔާންކޮށްފައި ނެތުމުން، އެ ދެކޯޓުގެ ހުކުމް ބާތިލުކުރަންޖެހޭ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައި ވެއެވެ.

8ކްރިމިނަލް ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ އެކޯޓުން މުޙައްމަދު ބިޝާރު އިސްމާޢީލް ބަންދުން ދޫކޮށްލުމަށް ނިންމާފައިވަނީ، އަސްލު މައްސަލައިގައި ޝަރިއަތުގައި ހެކިބަސް ދިން މީހުންގެ ހެކިބަހުގައި ދައްކާފައިވާ ވާހަކަތަކަކީ އެއަށް ރިއާޔަތްނުކޮށް ދޫނުކުރެވޭނެ ވާހަކަތަކެއް ކަމަށް ނުވާތީ ކަމަށެވެ. ޝަރިއަތްކުރާ ފަނޑިޔާރުގެ އެބަހުގެ މުރާދެއް ކަމަށް ބެލެވެނީ އަސްލު މައްސަލައިގައި ނިއުޅެމުންދާ ހެކިތަކުން މުއްތަހަމު ކުށްވެރިވުމާ ދުރަށް ދާކަމަށް މައްސަލަބަލާ ފަނޑިޔާރަށް ގަބޫލުކުރެވުމެވެ.

ޝަރިއަތް ނިމެންދެން ބަންދުކުރުން

9ކުށުގެ ތުހުމަތުގައި ޝަރިއަތް ނިމެންދެން ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމުގައި އަމަލުކުރަންވީ ގޮތް ކަނޑައެޅިފައިވަނީ ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާ އާއި ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިރުފާން ތަޤިއްޔު ގަޒިއްޔާގައެވެ.

10HN1HN4HN5ހަވާލާ ދިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަހީބްގެ ގަޒިއްޔާއަށް ބަލާއިރު، ކުށުގެ ތުހުމަތުގައި މީހަކު ބަންދުކުރުމުގައި ފަނޑިޔާރުން އަމަލުކުރަންޖެހޭ ގޮތް ވަރަށް ސާފެވެ. ފުރަތަމަ ބަލަންޖެހޭނީ އެމީހަކު ކުރި ކަމަށް ތުހުމަތު ކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިތޯ ނުވަތަ ނޫންތޯއެވެ. ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިނަމަ، ދެން ބަލަން ޖެހޭނީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ޙާލަތްތަކުންކުރެ ޙާލަތެއް ވުޖޫދުވެދާނެކަން ނުވަތަ ނޫންކަމެވެ. އެފަދަ ޙާލަތެއް ވުޖޫދުވެފައި އޮތްތޯ ބެލުމުގައި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާޢިދުގެ 13 ވަނަ މާއްދާގެ

(ނ) ގައި ބަޔާންވެގެންވާ ކަންކަމަށް ފަނޑިޔާރުން ރިޢާޔަތް ކުރަން ޖެހޭނެއެވެ. ކުށުގެ ތުހުމަތުކުރެވޭ މީހާގެ ބަންދާމެދު ގޮތެއް ނިންމަން އެދި ހުށަހަޅަނީ އިސްތިއުނާފީ މަރުޙަލާގައި ކަމަށްވީ ނަމަވެސް ޢަމަލުކުރަންޖެހެނީ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގައި ޝަރަހަކޮށްދީފައިވާ އުސޫލުތަކަށްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ ނިފާޒް އަދި އިތުރު 3 ފަރާތެއް ގަޒިއްޔާއާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީ ގަޒިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެއެވެ. ބަންދު މުރާޖަޢާ ކުރާއިރު ވެސް އަމަލުކުރަންޖެހޭނީ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގައި ޝަރަހަކޮށްދީފައިވާ އުސޫލުތަކަށްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔު ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެއެވެ. ބަންދު މުރާޖަޢާ ކުރާއިރު އަދި އިސްތިއުނާފީ މަރުހަލާގައި ބަންދާމެދު ގޮތެއް ނިންމާ ނިންމުމުގައި އަސްލު މައްސަލައިގެ ޝަރީއަތުގައި ހުށަހެޅެމުންދާ އަދި ހުށަހެޅިފައިވާ ހެކިތަކާމެދު ފަނޑިޔާރަށް ފެންނަ ގޮތެއް ހާމަކޮށްގެން ނުވާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔު ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެއެވެ. މިއިން ކޮންމެ ހާލަތެއްގައިވެސް އަމަލުކުރަންޖެހޭ ގޮތުގެ އާޚިރު ޓެސްޓަކީ މުއްތަހަމް ކުށް ކުރި ކަމަށް ތުހުމަތު ކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިތޯ ނުވަތަ ނޫންތޯ ބެލުމެވެ. ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިނަމަ، ދެން ބަލަން ޖެހޭނީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ޙާލަތްތަކުންކުރެ ޙާލަތެއް ވުޖޫދުވެދާނެކަން ނުވަތަ ނޫންކަމެވެ. އެފަދަ ޙާލަތެއް ވުޖޫދުވެފައި އޮތްތޯ ނުވަތަ އެފަދަ ކަމެއް ވުމުގެ އިހްތިމާލު އޮތްތޯ ބެލުމަށްޓަކައި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާޢިދުގެ 13 ވަނަ މާއްދާގެ

(ނ) ގައި ބަޔާންވެގެންވާ ކަންކަމަށް ފަނޑިޔާރުން ރިޢާޔަތް ކުރަން ޖެހެއެވެ. ބަންދު މުރާޖައާ ކުރާއިރު ބަންދުކުރި ހާލަތު ބަދަލުވެފައިވޭތޯ ބެލުމުގައި ބަލަންޖެހޭނީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނެފައިވާ ހާލަތްތަކުންކުރެ ފުރަތަމަ ބަންދުކުރި އިރު ވުޖޭދުވެފައި ހުރި ކަމަށް ހަވާލާދިން ހާލަތުތަކަށް ބަދަލުއައިސްފައިވޭތޯ އެވެ. ހަވާލާދިން ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާޢިދުގެ 13 ވަނަ މާއްދާގެ (ނ) އަށް ރިއާޔަތްކުރަންޖެހޭ ސަބަބަކީ މުއްތަހަމް މުޖުތަމައުގެ ތެރެއަށް ދޫކޮށްފިނަމަ، އޭނާގެ ފުށުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތްތޯ ބެލުމެވެ. ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރިކަމުގެ ތުހުމަތު އެޅިފައިވާ މީހަކު، ކުއްޖާ ދިރުއުޅޭ މާހައުލަށް، ނުވަތަ ކުޑަކުދީން ދިރިއުޅޭ މާހައުލަކަށް ޖޫކޮށްލުމުގެ ކުރިން، އަދި މަރުގެ މައްސަލަތަކުގައި މަރުގެ ކުށުގެ ތުހުމަތު އެޅިފައިވާ މީހަކު، ނުވަތަ މަސްތުވާތަކެތީގެ ތިޔަފާރި ކުރިކަމުގެ ތުހުމަތު އެޅިފައިވާ މީހަކު، އަދި ބޫނުއެއްޗެހި ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ ކަމުގެ ތުހުމަތު އެޅިފައިވާ މީހަކު ބަންދުން ދޫކޮށްލާންވާނީ އެހާލަތަށް ބަދަލުއައިސްފައިވާ ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭ ނަމައެވެ. އެހާލަތުތަކަށް ބަދަލު އައިސްފައިވާ ގޮތް ފަނޑިޔާރުގެ ނިންމުމުގައި ސާފުކޮށް ބަޔާންކުރަންވާނެއެވެ.

11ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒީއްޔާގެ ޙުކުމުގައި ސުޕްރީމް ކޯޓުން ބުނެފައިވަނީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތެއް ވުޖޫދުގައި ވާކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ފަނޑިޔާރު ތަތުބީގު ކުރަންޖެހޭ މިންގަނޑަކީ ޖިނާއީ ކުށެއް ޝަރީއަތަށް ސާބިތު ކުރުމަށް ބަލާ މިންގަނޑެއް ނޫން ކަމަށާއި، އެ ޙާލަތުގައި ފަނޑިޔާރު ބަލަންވާނީ، ތުހުމަތުކުރެވޭ މީހާ އިތުރަށް ބަންދުގައި ބެހެއްޓުމަށް އެދޭ ފަރާތުން ހުށަހަޅާ ކަންކަމަށް ބަލާއިރު، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ސަބަބެއް ވުޖޫދުވުން، އެފަދަ ސަބަބެއް ވުޖޫދު ނުވުމަށްވުރެ ގާތްކަން ބޮޑުކަމުގެ މައްޗަށެވެ. މިފަދައިން ބަލާ ބެލުމުގައި އެ ފަދަ ސަބަބެއް ވުޖޫދުވެދާނެކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެނަމަ، ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްކަމުގައި ކަނޑައެޅިދާނެ ކަމަށެވެ.

12HN3އަތުގައި މި އޮތް މައްސަލައަށް ބަލާއިރު، މި މައްސަލައިގައި ފުރަތަމަ ބަލަންޖެހެނީ ތުހުމަތު އުފެދޭ މިންވަރަށް މުޙައްމަދު ބިޝާރު އިސްމާޢީލްއާ ދެކޮޅަށް އަސްލު މައްސަލައިގައި ހެކި އެބަހުރިތޯއެވެ. ތުހުމަތު އުފެދޭ މިންވަރަށް ހެކި ހުރުމަކީ ހެކީގެ ވަރަށް ދަށް މިންގަނޑެކެވެ. އެހެންކަމުން، މި މައްސަލަ ކްރިމިނަލް ކޯޓުގެ ޝަރިއަތުގެ މަރުހަލާއަށް ގޮސްފައިވާނީ އެންމެ ކުޑަމިނުން އޭނާގެ މައްޗަށް ޝަރިއަތްކުރެވޭ މިންވަރަށް މަދަނީ މިންގަނޑުން ހެކި ހުރުމުން ކަމަށް ބަލަންޖެހެއެވެ. މަދަނީ މިންގަނޑުން ޝަރިއަތް ކުރެވޭ މިންގަނޑަށް ހެކި ހުރުމަކީ ތުހުމަތު އުފެދޭ މިންގަނޑަށް ވުރެ މަތީ މިންގަނޑެކެވެ. އެ ތުހުމަތުން އޭނާ ނެއްޓޭނީ އަސްލު މައްސަލައިގެ ޝަރިއަތް ނިމުމުންނެވެ. އޭނާގެ ބައްކަމަށް މުޑުކަމުގެ ކުޅެޗޭ ކީންކަށަކަކީ އަސްދު މައްސަލައިގެ ޝަރިއަތައް ކެކި ކުށަށެވެ. ފައިނުވާނަމަ، ފުރަތަމަ ނިންމަންވާނީ އަސްލު މައްސަލައެވެ. އެއާ އެކު އޭނާގެ ބަންދާމެދު އެއޮތީ ގޮތެއް ނިމިފައެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި މުޙައްމަދު ބިޝާރު އިސްމާޢީލްގެ މައްޗަށް ކުރެވޭ ޝަރިއަތް ހިނގަމުން ދާތީވެ، އޭނާގެ މައްޗަށް ތުހުމަތުއުފެދޭ މިންވަރަށް ހެކި ހުރިކަމަށް ބަލަންޖެހެއެވެ.

13HN2HN6ތުހުމަތުކުރެވޭ މިންވަރަށް މައުޟޫއީ މައްސަލައިގައި ހެކި ނެތް ނަމަ، ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ޙާލަތްތަކުންކުރެ ޙާލަތެއް ވުޖޫދުގައިވޭތޯ ބަލަން ނުޖެހޭނެއެވެ. އެހިސާބުން މުއްތަހަމް ބަންދުން ދޫކޮށްލާނީއެވެ. ތުހުމަތުކުރެވޭ މިންވަރަށް މައުޟޫއީ މައްސަލައިގައި ހެކި ހުރިނަމަ، ދެވަނަ އަށް ބަލަންޖެހެނީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ޙާލަތްތަކުންކުރެ ޙާލަތެއް ވުޖޫދުގައިވާ ކަން ނުވަތަ ނޫންކަން ބެލުމެވެ. މި މައްސަލައިގައި މުޙައްމަދު ބިޝާރު އިސްމާޢީލް ޝަރިއަތް ނިމެންދެން ބަންދުގައި ބަހައްޓައި ދިނުމަށް ޕްރޮސިކިއުޝަނުން އެދިފައިވަނީ އޭނާގެ ފުށުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތުމުންނާއި ހެއްކަށް ނުފޫޒުފޯރުވާފާނެތީއެވެ. މި ފަދަ ކަމެއްގެ އިހުތިމާލު އޮތްތޯ ނުވަތަ ނޫންތޯ ކޯޓުން ބަލަންވާނީ، ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގެ ޙުކުމުގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ފަދައިން، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ސަބަބެއް ވުޖޫދުވުން، އެފަދަ ސަބަބެއް ވުޖޫދު ނުވުމަށްވުރެ ގާތްކަން ބޮޑުކަމުގެ މައްޗަށެވެ. މިފަދައިން ބަލާ ބެލުމުގައި އެ ފަދަ ސަބަބެއް ވުޖޫދުވެދާނެކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެނަމަ، ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްކަމުގައި ކަނޑައެޅިދާނެއެވެ. މި ކަމާބެހޭ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސާފުކުރުމުން، މުޙައްމަދު ބިޝާރު އިސްމާޢީލް މިހާރު ދިރިއުޅެމުން ގެންދާ ގެއަކީ ގިނަ އަދަދެއްގެ ކުޑަކުދިން ދިރިއުޅޭ ގެއެއް ކަމަށް ބުނެފައި ވެއެވެ. މި މައްސަލައިގައި މުޙައްމަދު ބިޝާރު އިސްމާޢީލްގެ ފަރާތުން ހެކިންނަށް ނުފޫޒުފޯރުވުމުގެ އިހުތިމާލު އޮތްތޯ ބަލާއިރު، ޝަރީޢަތުން ހެކިންގެ ހެކިބަސް ނެގިފައިވުމަކީ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު ނެތި ދިއުންކަމުގައި ނުބެލެވެއެވެ. އެހެނީ މައްސަލައިގައި ޙުކުމް ކުރުމުގެ ކުރިން، ކުރިން ހާޒިރުކޮށްފައިވާ ހެއްކެއް އަލުން ހާޒިރު ކުރަންޖެހޭ ހާލަތެއް ކުރިމަތިވެދާނެއެވެ. އަދި މައްސަލައިގައި ޙުކުމް ކުރުމުގެ ކުރިއަށް ޝަރީޢަތުން ސާފުކުރަންޖެހޭ ކަމެއް ސާފުކުރުމުގެ ގޮތުން މައްސަލައިގެ އަޑުއެހުން ނިމުނު ނަމަވެސް، އަލުން އަޑުއެހުން ހުޅުވާލެވިދާނެއެވެ. މި އެންމެހައި ކަންކަމަކީ ޤާނޫނު ތަސައްވުރު ކުރާ ކަންކަމެވެ. ވުމާއެކު، އެންމެ ފުރަތަމަ މުޙައްމަދު ބިޝާރު އިސްމާއިލް ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގައި، މުޙައްމަދު ބިޝާރު އިސްމާޢީލް ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމުގެ އިހުތިމާލު އަދިވެސް އެ ގޮތުގައި ދެމި އޮތް ކަމުގައި ބެލެވެއެވެ. މީގެ އިތުރުން މި މައްސަލަ ނޫނަސް މުޙައްމަދު ބިޝާރު އިސްމާޢީލްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުޑަކުއްޖަކު މެދުވެރިކޮށް ކުއްޖަކަށް ޖިންސީ އަނިޔާކުރިކަމަށް ތުހުމަތުކުރެވިގެން ކުރެވުނު ދައުވާ އެއްގެ ޝަރިއަތް ހިނގަމުން އެބަދެއެވެ.

14މަތީގައިވާ ސަބަބުތައް އެހެން ހުރުމުން އަހުރެންނަށް ބޮޑަށް ބުރަވެވެނީ މުޙައްމަދު ބިޝާރު އިސްމާޢީލްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރިއަތް ނިމެންދެން އަދިވެސް އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށެވެ.

މައްސަލަ ނިންމަން ފެންނަ ގޮތް

15މި މައްސަލައިގައި ދަށު ކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުންތައް ބާތިލުކޮށް، ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާ އާއި ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަލީ ނިފާޒް އަދި އިތުރު 3 ފަރާތެއް ގަޒިއްޔާއާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ސައްހާޙް އަޙްމަދު ފަތުޙީ ގަޒިއްޔާއާއި ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔު ގަޒިއްޔާއާއި މި ގަޒިއްޔާގައި ސުޕްރީމް ކޯޓުން ބަޔާންކޮށްފައިވާ އުސޫލުތަކާއެއްގޮތްވާ ގޮތުގެ މަތީން މުޙައްމަދު ބިޝާރު އިސްމާޢީލްއަކީ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރިއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަން ނުވަތަ ނޫންކަން، މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓުގައި މައްސަލަ ބަލާ ފަނޑިޔާރު ކަނޑައަޅަންދެން، މުޙައްމަދު ބިޝާރު އިސްމާޢީލް ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް ފެނެއެވެ. އަދި މިއަދުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި މުޙައްމަދު ބިޝާރު އިސްމާޢީލްގެ ބަންދު މުރާޖައާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅަން ޕްރޮސިކިއުޓަރ ޖެނެރަލްއަށް އަމުރުކުރަން ފެނެއެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު

16މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

17މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެން ފަހެ، މި މައްސަލައިގައި ދަށު ކޯޓުންނާއި 16 ދިވެހިރާއްޖޭގެ ހައިކޯޓުން 17 ނިންމާފައިވާ ނިންމުންތައް ބާތިލުކޮށް، މުޙައްމަދު ބިޝާރު އިސްމާޢީލްއަކީ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރިއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަން ނުވަތަ ނޫންކަން، މަތީގައި ބަޔާންކޮށްފައިވާ އުސޫލުތަކާއެއްގޮތްވާ ގޮތުގެ މަތީން، މިއަދުން ފެށިގެން 07 ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓުގައި މައްސަލަ ބަލާ ފަނޑިޔާރު ކަނޑައަޅަންދެން، މުޙައްމަދު ބިޝާރު އިސްމާޢީލް ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް މި މައްސަލަ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ. އަދި އަދި މިއަދުން ފެށިގެން 07 ދުވަހުގެ ތެރޭގައި ގޮތެއް ކަނޑައަޅަންދެން 48 ގަޑިއިރުގެ ތެރޭގައި މުޙައްމަދު ބިޝާރު 16 ކްރިމިނަލް ކޯޓުގެ ނަންބަރު: 145-B10(898,899-2020)/ABA/2023/22 ކޯޓު އަމުރު 17 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-B12/82 ގަޒިއްޔާ އިސްމާޢީލްގެ ބަންދު މުރާޖައާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅަން ޕްރޮސިކިއުޓަރ ޖެނެރަލްއަށް އަމުރު ކުރަމެވެ. މި ޤަޞިއްޔާ ބަލައި ޙުކުމް ކުރީ: (ރިޔާސަތު)

ފުޓްނޯޓު

  1. ކްރިމިނަލް ކޯޓުގެ ނަންބަރު: 145-B10(898,899-2020)/ABA/2023/22 ކޯޓު އަމުރު
  2. ނަންބަރު 2020/SC-A/93
  3. [2024] SC 14
  4. އބމ
  5. [2023] SC 60
  6. [2024] SC 21
  7. އބމ
  8. އިބަމ 9
  9. އބމ 9
  10. އިބަމ
  11. [2023] SC 60
  12. [2024] SC 21
  13. [2024] SC 14
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ