އިޢުތިޞާމް މުޙައްމަދު ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ކްރިމިނަލް ކޯޓު 145-B11/AM/2026/01
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޓެރަރިޒަމްގެ ޢަމަލެއް ކުރަން އުޅުމުގެ ތުހުމަތުގައި ޝަރީޢަތް ނިމެންދެން ބަންދުގައިވާ ތުހުމަތުކުރެވޭ ފަރާތުގެ ބަންދު މުރާޖަޢާކޮށް ބަންދު ދެމެހެއްޓުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަކީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްތޯ، ސުޕްރީމް ކޯޓުގެ 2026/SC-A/10 ޤަޟިއްޔާގެ 20 ވަނަ ޕެރެގްރާފާ ޚިލާފުތޯ، އަދި ޝަރީޢަތް އެކަށީގެންނުވާ މިންވަރަށް ލަސްވުމުގެ ނަތީޖާއެއްގެ ގޮތުން ބަންދުން ދޫކޮށްލެވިދާނެތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ކްރިމިނަލް ކޯޓުގެ ބަންދު މުރާޖަޢާގެ ނިންމުން ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ޙާލަތްތަކުގެ (ހެކި ފޮރުވުން/ހެކިންނަށް ނުފޫޒު، ކޯޓަށް ޙާޟިރުނުވުން، ފިލުން، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ) ތެރެއިން ޙާލަތެއް ނެތި ޙުކުމްކުރުމުގެ ކުރިން މީހަކު ބަންދުގައި ނުބެހެއްޓޭނެއެވެ؛ ކުށުގެ ތުހުމަތުކުރެވޭ މިންވަރަށް ހެކިހުރުމާއެކު އެއިން ޙާލަތެއް ވުޖޫދުވާކަމަށް ފަނޑިޔާރަށް ބުރަވެވިއްޖެނަމަ ބަންދުގައި ބެހެއްޓުމަށް އަމުރުކުރަންވާނެއެވެ.
HN2 ބަންދު މުރާޖަޢާކުރުމުގައި ބަލަންޖެހެނީ ޝަރީޢަތް ނިމެންދެން ބަންދުކުރި ޙާލަތަށް ބަދަލެއް އައިސްފައިވޭތޯއެވެ؛ ބަންދު މުރާޖަޢާކުރަންވާނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާ އަދި ސުޕްރީމް ކޯޓުގެ ނިންމުންތަކުގެ ތަރަހައިގެ ތެރެއިން ކަމަށާއި، އަސްލު މައްސަލައިގެ ޝަރީޢަތުގައި ހެކި ނިއުޅޭގޮތަށް ބަންދާމެދު ނިންމުމުގައި ރިޢާޔަތްކޮށްގެން ނުވާނެއެވެ.
HN3 ބަންދު ޙާލަތު ބަދަލުވުން ވަޒަންކުރާނީ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ)ގައިވާ ކަންކަމަށް ރިޢާޔަތްކޮށް، 49 ވަނަ މާއްދާގެ ޙާލަތެއް ވުޖޫދުވުން ވުޖޫދުނުވުމަށްވުރެ ގާތްވުން ބޮޑުތޯ ބަލައިގެންނެވެ؛ ޝަރީޢަތުގެ ކުރީގެ މަރުޙަލާއަކީ ހެކީގެ ދުސްތޫރިއްޔަތާމެދު ގޮތްނިންމާ މަރުޙަލާއެއް ނޫނެވެ؛ އެ ނިންމުންތަކަކީ ޕްރައިމާ ފޭޝީ މިންގަނޑުން، ކޮންމެ މައްސަލައެއްގެ ޙާލަތަށް ވަކިން ރިޢާޔަތްކޮށް ނިންމާ އިޚްތިޔާރީ ނިންމުންތަކެކެވެ.
HN4 ގިނަބައެއްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ބައެއް މީހުން ބަންދުން ދޫކޮށްލުމަކީ ދެންތިބި މީހުންގެ ބަންދުގެ ޙާލަތު ބަދަލުވާ ސަބަބެއް ނޫނެވެ؛ ބަންދާމެދު ގޮތްނިންމަންޖެހެނީ ކޮންމެ މީހެއްގެ ޙާލަތަށް ވަކިން ރިޢާޔަތްކޮށެވެ. މުޖުތަމަޢުގެ ސަލާމަތަށްއޮތް ނުރައްކާ ފިލައިދިޔަކަން ނުދައްކާހިނދު، ބަންދު ދެމެހެއްޓުމަކީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ނޫނެވެ.
HN5 ބަންދު މުރާޖަޢާކުރުމުގައި ރިޢާޔަތްކުރަންޖެހޭ ޤާނޫނީ އުޞޫލުތަކަށް ޙަވާލާދީ ގޮތްނިންމާފައިވާނަމަ، ނިންމުމަށް ވާސިލުވި ސަބަބު ބަޔާންކޮށްފައިވާ ކަމަށް ބެލެވޭނެއެވެ.
HN6 ސުޕްރީމް ކޯޓުގެ ނިންމުމެއްގެ ރޭޝިއޯގެ ތެރޭގައި ނުހިމެނޭ ބަޔާނެއް ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)ގެ ދަށުން ދަށުކޯޓަށް ތަބާވުން ލާޒިމު ނުވާނެއެވެ؛ 2026/SC-A/10 ޤަޟިއްޔާގެ 20 ވަނަ ޕެރެގްރާފުގައި ބަންދުން ދޫކުރަން އަންގާފައި ނުވާތީ، އެ ޕެރެގްރާފުގެ ދޭހައެއްގެ މައްޗަށް ބިނާކޮށް، ނުރައްކާ ފިލައިނުދާ މީހަކު ދޫކުރުމަކީ ޢިރުފާން ތަޤިއްޔު މައްސަލައިގެ އުޞޫލާ ޚިލާފު ނިންމުމެކެވެ.
HN7 ބަންދުގައި ގިނަދުވަސް ހޭދަވުން ނުވަތަ ޝަރީޢަތް ދިގުލައިގެން ދިއުމަކީ، މުޖުތަމަޢުގެ ސަލާމަތަށް އޮތް ނުރައްކާ ފިލައިނުދަނިސް، އޭގެ ޒާތުގައި ބަންދުން ދޫކުރުމަށް އެކަށީގެންވާ ޤާނޫނީ ސަބަބެއް ނޫނެވެ؛ ޤާނޫނަކުން ބާރު ލިބިދީފައިނުވާ ޙާލަތެއްގައި ލަސްވުމަށް ބަންދުން ދޫކުރުމުގެ ފަރުވާ ޤާއިމުކުރުމަކީ ޤާނޫނުހަދާ ފަރާތުގެ ކަމެކެވެ.
HN8 ދައުލަތުގެ ވަޞީލަތްތައް ނެތުމުގެ ސަބަބުން އެކަށީގެންވާ އަވަސްމިނެއްގައި ޝަރީޢަތްކުރުމުގެ ޙައްޤަށް އުނިކަން ލިބިފައިވާނަމަ، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ދެވިދާނެ ފަރުވާއަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާގެ ދަށުން ބަންދުގައި ހޭދަކުރި މުއްދަތު ޙުކުމުން އުނިކުރުމުގެ އިތުރުން، އުނިކަން ލިބުނު ނިސްބަތަށް ރިޢާޔަތްކޮށް ތަންފީޒުކުރަންޖެހޭ ޙުކުމުން އިތުރު މިންވަރެއް އުނިކުރުމެވެ.
HN9 ބަލިޙާލަތު ނުވަތަ އެފަދަ ސަބަބަކާހުރެ މުޖުތަމަޢަށް ނުރައްކާ މީހަކު ދޫކުރުމަކީ 49 ވަނަ މާއްދާއިން ދައްކާ މަގު ނޫންކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާތީ، ބަންދުން ދޫކުރުމުގެ ޙާލަތްތަކަކީ އެގްޒޯސްޓިވް ލިސްޓެއް ކަމުގައި ބަލަންޖެހެއެވެ.
HN10 ޝަރީޢަތް ނިމެންދެން ބަންދުކުރި އަމުރު އިސްތިއުނާފުނުކޮށް ނިހާއީވެފައިވާނަމަ، ބަންދު މުރާޖަޢާގެ އިސްތިއުނާފެއްގައި އެ އަމުރުގެ ސަބަބުތައް އަލުން ހުޅުވައި ބަހުސް ނުކުރެވޭނެއެވެ؛ ބަހުސްގެ ދާއިރާ ގައިދުވެގެންވަނީ ބަންދު މުރާޖަޢާގެ ކަންކަމަށެވެ.
HN11 އަޑުއެހުންތައް ނިމުނުކަން އިޢުލާނުކުރުމަށްފަހު ފޮނުވާ ސިޓީއެއްގައިވާ، އިސްތިއުނާފީ ޤާނޫނީ ބަހުސާ ގުޅުމެއްނެތް ކަންކަމަށް ނިންމުމުގައި ރިޢާޔަތް ނުކުރެވޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- އަޙްމަދު ޔާމީން، އަޙްމަދު ޢަބްދުﷲ ޢަފީފް
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ފާޠިމަތު މީޝާ، އަޙްމަދު ނައުޝާދު، ޙައްވާ ނާހީ، އަޝްފާޤު ނަޢީމު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ބެންޗު
- ދީބާނާޒް ފަހުމީ، ޙުޒައިފާ މުޙައްމަދު، އިބްރާހީމް މާހިރު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ދީބާނާޒް ފަހުމީ · ތާއީދުކުރެއްވީ: ޙުޒައިފާ މުޙައްމަދު، އިބްރާހީމް މާހިރު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ތަޢާރަފު
1މި މައްސަލައަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު B11/AM/2026/01-145 "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" (07 އޭޕްރިލް 2026) އިސްތިއުނާފު ކުރުމަށްއެދި، ގދ. މަޑަވެލި، ގަމަރީ، އިޢުތިޞާމް މުޙައްމަދު ސަޢީދު (މީގެފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "އިޢުތިޞާމް މުޙައްމަދު ސަޢީދު"ކަމަށް ބުނެފައިވާ) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "ދައުލަތް"ކަމަށް ބުނެފައިވާ ) އެވެ.
މައްސަލައިގައި ކަންހިނގާފައިވާގޮތް
2އިސްތިއުނާފީ މައްސަލައާ ގުޅުންހުރި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިޢުތިޞާމް މުޙައްމަދު ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2026/SC-A/10) (މީގެފަހުން "ނަންބަރު 2026/SC-A/10 ޤަޟިއްޔާ"ކަމަށް ބުނެފައިވާ) ޤަޟިއްޔާގައި، އިސްތިއުނާފުކުރާ ފަރާތުގެ ބަންދުގެ ކަންކަން 2017 ވަނަ އަހަރުން ފެށިގެން ހިނގާފައިވާގޮތް ސާފުކުރއްވެމަށްފަހު، މައްސަލައިގެ ފަސްފަހަތުގެ ގޮތުގައި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުގައި ބަޔާންކުރައްވާފައިވާ މައިގަނޑު ކަންކަން، މި މައްސަލައިގައި އޮޅުންކުޑަކޮށް ޙަވާލާދިނުމުގެ ފަސޭހައަށް ތިރީގައި ބަޔާންކުރަމެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު […].
32017 ވަނަ އަހަރު، ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގައި އިޢުތިޞާމް މުޙައްމަދު ސަޢީދއާއި އިތުރު ތިން މީހެއްގެ މައްޗަށް ޤާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު)ގެ 4 ވަނަ މާއްދާގެ (ށ)އާއި 5 ވަނަ މާއްދާގެ (3) ވަނަ ނަންބަރާއި، (7) ވަނަ ނަންބަރ، އަދި އެ ޤާނޫނުގު 6 ވަނަ މާއްދާގެ (ހ)އާ ޙަ ވާލާދީ އެ މާއްދާގެ (ނ)ގެ ދަށުން ޓެރަރިޒަމްގެ ޢަމަލެއްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އުފުލިއެވެ. އެ މައްސަލަ ބަލަމުންދަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 655/Cr-C/2017 ޤަޟިއްޔާއިންނެވެ.
ކްރިމިނަލް ކޯޓުގެ މަރުޙަލާ
4ކްރިމިނަލް ކޯޓުގެ ނަންބަރ 655/Cr-C/2017 ޤަޟިއްޔާއިން ބަލަންފެށި އެ މައްސަލަ ބަލާ ފަނޑިޔާރު 2021 ވަނަ އަހަރު ބަދަލުވުމާ ގުޅިގެން، 31 ޖަނަވަރީ 2022 ދުވަހު ބޭއްވުނު އަޑުއެހުމުގައި މައްސަލަ ކުރިއަށް ގޮސްފައިވާހިސާބު ޚަޞްމުންގެ ކިބައިން ސާފުކުރުމަށްފަހު މައްސަލައިގެ ކަންހިނގާފައިވާގޮތަށް ރިޢާޔަތްކޮށް، މައްސަލައިގެ އަޑުއެހުންތައް އަލުން ފަށައިގެން ކުރިއަށް ގެންދިއުމަށް އެ މައްސަލަ ބލުމަށެ ޙަވާލުވި ފަނޑިޔާރު ނިންމާފައިވެއެވެ.
5މައްސަލައިގެ އިބްތިދާއީ މަރުޙަލާ އަލުންފެށިފަހުން ދައުލަތުން އެދިގެން، ދަޢުވާ އިޞްލާޙުކުރުމަށް ފުރުޞަތުދެވި، 09 މާރޗް 2022 ގައި ދަޢުވާ ފޯމަށް ބަދަލުގެނެވުނެވެ. އަދި ދަޢުވާ ފޯމު އިޞްލާޙުކުރުމާ ގުޅިގެން، އެފަދައިން ދަޢުވާ ފޯމު އިޞްލާޙުކުރި ކުރުން ގޯސްކަމަށްބުނެ، އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ފަރާތުން 30 ޖޫން 2022 ގައި ޝަރީޢަތުގެ ކުރިން ހުށަހެޅުމެއް ހުށަހެޅިއެވެ. އެ ހުށަހެޅުން މީގެފަހުން "ޓެރަރިޒަމް ޤާނޫނު"ކަމަށް ބުނެފައިވާ. ކްރިމިނަލް ކޯޓުގެ ނަންބަރު 2017)/2026/06-B11/SHN(655-145 (01 ފެބްރުވަރީ 2026) "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" ގެ 13 ވަނަ ނަންބަރު . ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން 04 އޮގަސްޓް 2024 ގައި ނިންމައި، 08 ސެޕްޓެމްބަރ 2024 ދުވަހު ބޭއްވުނު އަޑުއެހުމުގައި، ޝަރީޢަތުގެ މަރުޙަލާ ފަށައި ބަޔާން ހުށަހެޅުމަށް ދެ ފަރާތަށް ފުރުޞަތު ދިނެވެ.
6ދަޢުވާ ފޯމު އިޞްލާޙުކުރުން ގޯސްކަމަށް ބުނެ، އިޢުތުޞާމ މުޙައްމަދް ސަޢީދުގެ ފަރާތުން ހުށަހެޅި ހުށަހެޅުން ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އޭނާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ނިންމާފައިވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 655/Cr-C/2017 ޤަޟިއްޔާއިން ބަލަމުންދާ މައްސަލައިގެ ދަޢުވާ ފޯމަށް 09 މާރޗް 2022 ގައި ގެނެސްފައިވާ ބަދަލަކީ ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)ގެ 91 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ގެނެސްފައިވާ ބަދަލެއް ކަމަށެވެ.
7ދިވެހިރާއްޖޭގެ ހައިކޯޓުން މިފަދައިން ނިންމުމާ ގުޅިގެން، 2017 ވަނަ އަހަރު އިޢުތިޞާމް މުޙައްމަދު ސަޢީދުގެ މައްޗަށް އުފުލި ދަޢުވާ ފޯމު، 2025 ވަނަ އަހަރު އަލުން ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ. އެހެންނަމަވެސް، އެ ދަޢުވާ ފޯމު ހުށަހެޅިއރި ދެ ލިޔުމެއް ދަޢުވާ ފޯމާއެކު ހުށަހެޅިފައިނުވާތީ ކަމުގައިބުނެ، އެ ލިޔެކިޔުންތަކާއެކު ކްރިމިނަލް ކޯޓަށް 07 އެޕްރީލް 2025 ތާރީޚުގައި ދައުލަތުން ސިޓީއެއް ފޮނުވާފައިވެއެވެ. ބުނެވުނު ދެ ލިޔުމަކީ 2017 ވަނަ އަހަރު މައްސަލައިގެ ދަޢުވާފޯމު ހުށަހެޅިފަހުން ދައުލަތުގެ ފަރާތުން ސިއްރު ހެއްކެއް ހުށަހެޅި ސިޓީގެ ކޮޕީއަކާއި، ހެކި ރައްކާތެރި ކުރުމަށް އެދި ދައުލަތުން ހުށަހެޅި ފޯމެކެވެ. ކްރިމިނަލް ކޯޓުގެ ނަންބަރު 2017)/2024/03-B9/SHN(655-145 (04 އޮގަސްޓް 2024) ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން". ކްރިމިނަލް ކޯޓުގެ ނަންބަރު 2017)/2026/06-B11/SHN(655-145 (01 ފެބްރުވަރީ 2026) "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" ގެ 15 ވަނަ ނަންބަރު . މީގެފަހުން "ޖިނާއީ އިޖުރައަތުގެ ޤާނޫނު"ކަމަށް ބުނެފައިވާ. ހައިކޯޓުގެ ނަންބަރު 2024/HC-B12/36 ޤަޟިއްޔާ .
8އިޝާރާތްކުރެވުނު ސިއްރު ހެކި (ސިއްރު ހެކި 1) ރައްކާތެރިކުރުމުގެ އަމުރެއް،13 އެޕްރީލް 2025 ގައި ކްރިމިނަލް ކޯޓުން ނެރުމާގުޅިގެނ އިޢުތިޞާމް މުޙައްމަދް ސަޢީދުގެ ފަރާތުން، އެ އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު -2025/HC B12/16 ޤަޟިއްޔާއިން އެ މައްސަލަ ބަލައި، 19 މެއި 2025 ދުވަހު، އެ އަމުރަކީ ބާޠިލު އަމުރެއް ކަމުގައި ކަނޑައަޅައި، 2017 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާ ހެކިތަކަކީ އިޢުތުޞާމ މުޙައްމަދް ސަޢީދުއާ ދެކޮޅަށް ހުށަހެޅިފައިވާ ހެކިތައް ކަމުގައި ބަލައިގެން މައްސަލަ ކުރިޔަށް ގެންދިއުމަށް ދިވެހިރާއްޖޭގެ ހައިކޯޓނު ނިންމމުގައު ކަނޑައެޅިއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ މި ނިންމުން ދައުލަތުގެ ފަރާތުން އިސްތިއުނާފު ކޮށްފައި ނުވެއެވެ.
9އޭ ގެފަހުން، އޮގަސްޓު 2025 ގައި އިސްތިއުނާފުކުރާ ފަރާތުން އެދިގެން މައްސަލަ ބަލަމުންދިޔަ ފަނޑިޔާރު ބަދަލުވެއެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި އަންގާފައިވާ ފަދައިން ދައުލަތުން 2017 ވަނަ އަހަރު ހުށަހެޅި ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާ ހެކިތަކަކީ ދަޢުވާލިބޭ ފަރާތާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކެއް ކަމުގައި ބަލައިގެން، ސިއްރު ހެކި 1 ބަލައިނުގަތުމަށް 18 އޮގަސްޓު 2025 ގައި ކްރިމިނަލް ކޯޓުން ނިންމިއެވެ.
10މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ކުރިއަށްދަނިކޮށް، 09 ޑިސެމްބަރ 2025 ދުވަހު އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ފަރާތުނ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާއަށް ޙަވާލާދީ، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ހުށަހެޅިއެވެ. އެ ހުށަހެޅުން ބިނާކޮށްފައިވަނީ މައްސަލައިގެ ދަޢުވާ އުފުލުމުގައި ދައުލަތުން ޢަމަލު ކޮށްފައިވާގޮތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސގީ 42 ވަނަ މާއްދާއާއި، 51 ވަނަ މާއްދާއިން އިޢުތޞާމ މުޙައްމަދް ސަޢީދަށް ލިބިދި ފައިވާ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ މީގެފަހުން "ޤާނޫނުއަސާސީ"ކަމަށް ބުނެފައިވާ. މީހަކާމެދު ޝަރީޢަތްކޮށް ނިންމުމުގެ ޙައްޤަށް އުނިކަން އައިސްފައިވާ ކަމުގައި ބުނެ، އިޢުތިޞާމް މުޙައްމަދު ސަޢީދުގެ މައްޗަށް އުފުލާފައިވާ ދަޢުވާ ބާޠިލުކޮށްދިނުމަށް އެދިއެވެ.
11ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާއާ ޙވާލާދަ ދަޢުވީ ފޯމަ ބާޠިލު ކޮށްދިނުމަށްއެދި އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ފަރާތުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގައި ބަޔާންކޮށްފައިވަނީ، އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމަކީ މައްސަލަ މައުޟޫޢީގޮތުން ބެލުމަކާ ނުލައި، ދަޢުވާއާމެދު ގޮތެއް ކަނޑައެޅިދާނެފަދަ ހުށަހެޅުމެއްކަމަށް ނުފެންނާތީ، ޝަރީޢަތުގެ ކުރިން ހުށަހެޅި އެ ހުށަހެޅުން ބަލައިނުގަތުމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-B12/06 ޤަޟިއްޔާ
12ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާއާ ޙަ ވާލާދީ އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ފަރާތުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން، ކްރިމިނަލް ކޯޓުން ނިނމް ނިންމުނި އިސްތިއުނާފު ކުރުމަށއެދް އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ހުށަހެޅުމުގައި، ދައުލަތުން ޢަމަލު ކޮށްފައިވާގޮތުނ އޭނާއަށް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދޭ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އިންޞާފުން ޝަރީޢަތްކުރުމުގެ ޙައްޤަށް އުނިކަން އައިސްފައިވާތީ، ދައުލަތުން ޢަމަލު ކޮށްފައިވާގޮތުގެ ސަބަބުން މައްސަލައިގެ ޝަރީޢަތް އެކަށީގެންނުވާ މިންވަރަށް ލަސްވެއްޖެކަމަށް ކަނޑައެޅިއްޖެނަމަ އެފަދަ ޙާ ލަތުގައި، އެ މައްސަލައެއް އިތުރަށް ކުރިއަށް ނުގެންގޮސް ބާޠިލުކުރަންޖެހޭ ކަމުގައި ފާހަގަކުރިއެވެ. ކްރިމިނަލް ކޯޓުގެ ނަންބަރު 2017)/2026/06-B11/SHN/(655-145 (01 ފެބްރުވަރީ 2026) "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން".
13ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-B12/06 ޤަޟިއްޔާއިންބެލި އެ މައްސަލަ ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއިދުކޮށެވ. ދިވެހިރާއްޖޭގެ ހައިކޯޓުން މިފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްގެންކަން އެ ޤަޟިއްޔާގެ ނިންމުމަށް ބެލުމުން އެނގކަމަށޭ ބަޔާންކޮށްފައިވެއެވެ.
1.13. މައްސަލަ ލަސްވުމަށް މެދުވެރިވި ބައެއްކަންކަމުގެ ތެރޭގައި ހެކިހުށަހެޅުމުގެ އިޖުރާއަތު ގޯސްވުމާއި، ދަޢުވާއަށް ބަދަލު ގެނެވުނުގޮތް ގޯސްވުމުގެ ސަބަބުން، އަލުން މައްސަލަ ހިންގަންޖެހުން ހިމެނހިނދު، އަދި އެ ކަންކަމަކޭ މައްސަލީ ލަސްވެގެން ދިއުމުގައި ބޮޑުދައުރެއް އަދާކުރާ ކަންކަން ނަމަވެސް، އެ ކަންކަމަކީ ދައުލަތުގެ ފަރާތުން މައްސަލަ ލަސްކުރުމުގެ ނިޔަތުގައި ކުރި ކަންކަމަށްވުރެ ބޮޑަށް، ޤާނޫނީ އަދި އިޖުރާއީ ތަރުތީބުން ކަންކުރަން އޮންނަ ގޮތަށް ދައުލަތުގެ ފަރާތުން ޢމަލުކޮށްފައިވުމުގެ ސަބަބުނަ ނިކުތް ނަތީޖާއެއް ކަމުން، ދައުލަތުން ގަސްދު ގައި މައްސަލަ ލަސްކުރުމުގެ ނިޔަތުގައި ކޮށްފައިވާކަމެއް މި ޙލަތްތަކުގާ މައްޗަށް ދެނެނުގަނެވޭކަން.
2.13. މައްސަލައިގެ ގިނައަޑުއެހުންތަކެއް ތާވަލުކުރެވުނު ނަމަވެސް، މައްސަލަ ލަސްވުމުގައި ދިމާވެފައިވާ ބައެއްކަންކަމުގެ ތެރޭގައި، ދިފާޢނ އެދިގެން މައްސަލައިގް ގިނައަޑުއެހުންތަކެއު ކެންސަލް ކުރަންޖެހުމުގެ އިތުރުން، މައްސަލައިގެ ފަނޑިޔާރުން ބަދަލުވުމުގެ ސަބަބުން މައްސަލައިގެ އަޑުއެހުންތައް އަލުންފަށަން ނިންމާފައިވުމާއި، ކޯޓުގެ އިދާރީ ސަބަބުތަކާހުރެ މައްސަލައިގެ ބައެއްއަޑުއެހުންތައް ކެންސަލް ކުރަންޖެހުން ހިމެނޭކަން އެނގޭއިރު، މިއިން މި މައްސަލަ ބަލާ ޤާޟީ 7 ފަހަރެއްގެ މަތިން ބަދަލުވެފައިވާކަން ކްރިމިނަލް ކޯޓުން ހޯދާފައިވާ މަޢުލޫމާތުން އެނގެވެ. މައްސަލަ ކެންސަލްވެފައިވ އިދާރާ ސަބަބުތަކުގެ ތެރޭގައި ސެކްޝަންގައި ޤާޟީއަކު ނެތުމުން މައްސަލަ ކެންސަލްވުން، އަޑުއެހުން ތާވަލް ކުރެވިފައިވާ ގަޑީގައި ޤާޟީންގެ މަޖިލިސް އޮތުން، ކޯޓު އޮފިސަރެއް ނެތުމުން ކެންސަލްވުމާއި، ޤާޟީ ސަލާމުގައި ހުންނެވުމުން ކެންސަލްވުން ފަދަ ސަބަބުތައް ހިމެނެއެވެ. އެއްވެސްކަމަކީ، ދައުލަތުން ނުވަތަ ދިފާޢުން ނުވަތަ ކޯޓުން މައްސަލަ ލަސްކުރުމުގެގޮތުން ކޮށްފައިވާ ކަމެއްކަން ދެނގަނެވެނެ ނެތުމުން، މިކަންކަމުގެ ޖުމްލަ ނަތީޖާއަކީ މައްސަލަ އެކަށީގެންނުވާ މިންވަރަށް ލަސްވުން ކަމުގައިވާނަމަވެސް، އެ ނަތީޖާއަކީ ވަކިފަރާތެއް ގަސްދުގައި ޝަރީޢަތް ލަސްކުރުމުގެގޮތުން ކުރިކަމެއްކަމުގައި ކަނޑައެޅެން ނެތްކަން.
3.13. އެކަށީގެންވާ މުއްދަތެއްގައި ޝަރީޢަތް ކުރިއަށް ގެންދިއުމުގެ ޙައްޤކަ މި މައްސަލައިގައިވެސް ހިމެނޭ އަސާސީ ޙައްޤު ކަމުގައިވާ ހިނދު، އެ ޙައްޤާ ގުޅޭގޮތުން އިނގިރޭސިވިލާތުގެ މައްސަލައެއްގައި ޝަރީޢަތް ލަސްވުމަކީ ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް ނުވަތަ އޮޓޮމެޓިކުން އެ މައްސަލައެއް ބާޠިލު ކުރަންޖެހޭ ޙލަތުއޮތްކަނ ބަޔާންކޮށްދޭން ކަމެއްނޫންކަމާއި، ޖިނާއީ މައްސަލައެއް ލަސްވުމުގެ ސަބަބުން، އެ މައްސަލައެއް ބާޠިލުކުރަންޖެހޭ ޙާލަތަށް ވާސިލުވެވޭނީ، އެ ލަސްވުމުގެ ސަބަބުން، ޢަދުލު އިންޞާފު ފޯރުކޮށްދިނުމަކީ އެ މައްސަލާގައި މުސްތޙަލުކަމަކަށް ވެފައިވާ ޙާލަތުގައި ނުވަތަ އެ ދަޢުވާ އިތުރަށް ކުރިއަށް ގެންދިއުމަކީ ބޭއިންސާ ފ ނުވަތު އަނިޔާވެރިކަމެއްކަމަށް ވެދާނެ ޙާލަތުގައިކަން.
4.13. ޖިނާއީ މައްސަލައެއް ލަސްވުމުގެ ސަބަބުން އެ މައްސަލައެއް ބާޠިލކުރަންޖެހު ޙލަތަށާ ވާސިލުވެވޭނީ، އެ ލަސްވުމުގެ ސަބަބުން، ޢަދުލު އިންޞާފު ފޯރުކޮށްދިނުމަކީ މުސްތޙަ ލީ ކަމަކަށްވެފައިވާ ޙާލަތެއްގައި ނުވަތަ އެ މައްސަލައެއް އިތުރަށް ކުރިއަށް ގެންދިއުމަކީ، ބޭއިންސފ ނުވަތު އަނިޔާވެރި ކަމާ އެކަމަށް ވެދާނެ ޙލަތެއްގައިކަމާއި، މި ކަމުގައި މުއްތަހަމުގާ ޙައްޤާއި ޖިނާއީ ތުހުމަތުކުރެވޭ މައްސަލަތަކުގެ ޝަރީޢަތް ކުރިއަށް ގެންދިއުމުގައި މުޖުތަމަޢުގެ ޙައްޤު މީޒާންކުރުމަކީ މުހިއްމު ކަމެއްކަން. Attorney General’s Reference (No 2 of 2001) [2003] UKHL 86 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2026/SC-A/10 ޤަޟިއްޔާ
14ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-B12/06 ޤަޟިއްޔާގެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްއެދި، އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ފަރާތުން ހުށަހަޅާފައިވާ 2 (ދޭއް) ނުކުތާ ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
1.14. ދަށު ކޯޓަށް ދިފާޢުން ހުށަހެޅި ހުށަހެޅުން ބަލައިނުގަތުމަށް ނިންމި ނިންމުން، ރަނގަޅުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ އެމެރިކާގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި މިފަދަ މައްސަލަތަކުގައި ޢަމަލުކުރާގޮތ ޚިލާފަށާ ކަމުގައިވެފައި، ހައިކޯޓުގެ ނިންމުން ނިންމާފައިވަނީ އިގިރޭސިވިލާތުގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި ޢަމަލުކުރާގޮތުގެ މައްޗަށް ކަމަށްވާއިރު، ހައިކޯޓުން މި ނިންމުން ނިންމުމުގައި މި ދެ ޖޫރިސްޑިކްޝަންގެ ދުސްތޫރީ ނިޒާމުގައިހުރި ފަރަޤުގެ މައްޗަށް ރިޢާޔަތް ކޮށްފައިނުވނަ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއާ ޚިލާފަށްކަމުގައި ބަޔާންކުރެއެވެ.
2.14. މި މައްސަލައިގައި ދައުލަތުން ދަޢުވާ ބަދަލުކުރުމުގައި ޢަމަލުކޮށްފައިވާގޮތް ގޯސްވުމާއި، ހެކި ހުށަހެޅުމުގެ އިޖުރާއަތު ގޯސްވުމުގެ ސަބަބުން އަލުން މައްސަލަ ހިންގަންޖެހުނު ޖެހުމަކީ މައްސަލަ ލަސްވުމުގައި ބޮޑުދައުރެއް އަދާކުރާ ކަމެއްކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވާ ނަމަވެސް، އެކަންކަން ކުރަން އުޅުމަކީ ދައުލަތަށް ކުރުން ހުއްދަކަމެއް ކަމުގައި ކަނޑައަޅާފައިވަނީ، ނަންބަރު 01-REG-SC-2021 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު)ގެ 103 ވަނަ މާއްދާގެ (ހ)އާއި، ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފަށްކަމަށެވެ. މީގެފަހުން "ޖިނާއީ އިޖުރާއަތުގެ ގަވާއިދު"ކަމަށް ބުނެފައިވާ. މީގެފަހުން "ފަނޑިޔާރުންގެ ޤާނޫނު"ކަމަށް ބުނެފައިވާ.
15ބުނެވިދިޔަ ނުކުތާތަކާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމެވުމުގައިވާ މައިގަނޑު ކަންކަން
1.15. ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގެ އަލީގައި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މޢު ހާދާތަކާއި، ހުޅުވިގެންވާ ދީމިޤްރާތީ ނިޒާމުތަކުގައި ޙައްޤުތަކާއި މިނިވަންކަން ތަރުޖަމާކުރުމުގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނަޒަރު ކުރައްވާފައިވެއެވެ. އެގޮތުން، ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުގައި ހޭދަކުރާ މުއްދަތަކީ އެކަށީގެންވާ މިންވަރަށްވުރެ ދިގުމުއްދަތެއް ކަމުގައިވަނީނަމަ، އެކަމުގައިދެވޭ ފަރުވާއަކީ، މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުން ނުވަތަ ދަޢުވާ ބާޠިލުކުރުން ކަމުގައި ބެލެ ވެން ނެތްކަމަށް ކަނޑައަޅުއްވާފައިވެއެވެ. މީގެއިތުރުން، އެކިޤައުމުތަކުގައި ޢަމަލުކުރާގޮތް ތަފާތުވެފައި، އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަތަކަށް ބެލުމުންވެސް، ދައުލަތުން ކޮށްފައިވާ ކަންތައްތަކުގެ ސަބަބުން ޖިނާއީ މައްސަލައެއް އެކަށީގެންވާ މިންވަރަށްވުރެ ލަސްވެފައިވާނަމަ އެކަމުގައިދެވޭ ފަރުވާއަކީ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވުނކަމަށް އިސްތިޤުރާރުވެފައިވާ ޤާނޫނީ އޞުލއެ އޮތްކަމަށް ބެލެވެން ނެތުމުންކަމަށެވެ. އަދި، އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ފަރާތުން ހުށަހަޅާފައިވާ ފަދައިން، އެ ޤައުމުތަކުގެ ޤާނޫނުއަސާސީއޮތީ ލިޔުމުންކަން ނުވަތަ ނޫންކަމުގެ މައްޗަށް ބިނާކޮށް، މި މައްސަލައަށް ތަޠުބީޤުކުރަންޖެހޭނީ ވަކިޤައުމެއ ނުވަތް ޤައުމުތަކެއްގައި ޢަމަލުކުރާ ގޮތްކަމުގައި ކަނޑައެޅޭނެ ބިނާއެއް ނެތްކަމުގައެވެ.
2.15. އިޢުތިޞާމު މުޙައްމަދު ސަޢީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކޮށްފައިވާ ދަޢުވާގެ ޝަރީޢަތް ދިގުލައިގެން ގޮސްފައިވާކަމީ ސާފުކޮށް ފެންނާންއޮތް ޙަޤީޤަތެއްކަމަށެވެ. ދައުލަތުން ސިއްރު ހެކި ހިމެނުމަށާއ ދަޢުވި ބަދަލުކުރުމަށް ހުށަހެޅި ހުށަހެޅުންތަކަށް ކްރިމިނަލް ކޯޓުން އިޖާބަ ދިނުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2026/SC-A/10 ޤަޟިއްޔާގެ 28 ވަނަ ނުކުތާ. އެކަންކަން އިސްތިއުނާފު ކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުން އެ ނިންމުންތައް ބާޠިލު ކޮށްފައިވާކަމަށެވެ. އެއީ އިސްތިއުނާފީ މަރުޙަލާ ފަރުމާކޮށްފައިވާ ގޮތްކަމަށާއި، އެ ނުކުތާގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ނުވުމުގެ ސަބަބުން، އެ ނިންމުންތައް ނިހާއީ ވެފައިވާއިރު، އެ މައްސަލައިގެ މައުޟޫޢުގެ ތެރެއިން، އެ ކޯޓުން ބަލާފައިނުވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތްކަނޑަނޭޅޭނެކަމަށް ނުބެލެވޭނެކަމަށެވެ.
3.15. އިޢުތިޞާމު މުޙައްމަދު ސަޢީދުގެ ފަރާތުން ހުށަހަޅާ ފަދައިން، މައްސަލައިގެ މައުޟޫޢަށް ރިޢާޔަތް ކުރުމެއްނެތި، އިޢުތިޞާމް މުޙައްމަދު ސަޢީދު ގެ މައްޗަށް ކޮށްފައިވާ ދަޢުވާ ބާޠިލުކުރަންޖެހޭ ސަބަބެއް އޭނާގެ ފަރާތުން ހުށަހަޅާފައިވޭތޯއަކީ އުފެދޭ ސުވާލެއްކަމަށެވެ. އަދި އެކަށޭނަ މިންވަރަށްވުރެ ދިގުމުއްދަތަކަށް ކުށެއްގެ ތުހުމަތުގައިވާ މީހަކު ބަންދުގައި ބަހައްޓާފައިވުމަކީ، ޖިނާއީ އިޖުރާއަތުގެ އޮނިގަނޑުގެ ތެރެއިން، ދަޢުވާ ބާޠިލުކުރުމުގެބާރ ނުވަތު އެ އިޚްތިޔާރު ކޯޓަށް ލިބިގެންވާ ޙލަތެއްތާ ނުވަތަ ނޫންތޯއެވެ. މި ނުކުތާގައި މުހއިމުވާ ސުވާލަކީ މިއީ ކަމުގައިވާނަމަވެސް، އެއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅައި، އެ މައްޗަށް ބަހުސްކޮށްފައިވ ކަންކަނާ ކަމުގައިނުވާތީ، އެ ސުވާލާއި ގުޅިގެން އެ މައްސަލައިގެ ތެރެއިން ފަނޑިޔާރުން ދެކޭގޮތް ބަޔާންކުރަންޖެހޭ ޙާލަތެއް ނެތްކަމަށެވެ. 17 އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ފަރާތުން ހުށަހަޅާފައިވާ R v. Jordon މައްސަލައަކީ ދަޢުވާތަކުގައި ދައުލަތުގެ ފަރާތުން ކުރިމަތިވާ ލަސްވުންތައް ބަލާނެ އޮނިގަނޑެއް (framework to assess delays) ސުޕްރީމް ކޯޓް އޮފް ކެނެޑާއިން އެކުލަވާލި މައްސަލައެކެވެ. މި އޮނިގަނޑު އެކުލަވާލާފައިވަނީ، އެކަށީގެންނުވާ ލަސްވުންތަކަކީ (excessive delays) ކެނެޑާގެ ޗާޓަރގެ 11(b) އިން ލިބިދޭ އެކަށީގެންވާ އަވަސް މިނެއްގައި ޝަރީޢަތްކުރުމުގެ ޙައްޤަށް އުނިކަން އަންނާނެކަމުގައި ކޯޓުން ދެކިގެން، އެކި ކޯޓުތަކުން މައްސަލަ ނިންމަންވާނެ މުއްދަތުތަކެއް ކަނޑައަޅައެވެ. މިފަދައިން އަމަލުކުރުމަކީ އެންމެ ޢަދުލުވެރިގޮތ ކަމުގައް ފެނުނު ނަމަވެސް، ޤާނޫނަކުން އެފަދަ ބާރަކާއި އިޚްތިޔާރެއް ލިބިދީފައި ނުވާ ޙާލަތެއްގައި، ވަކި ކަމެއް ކުރުމަށް މުއްދަތު ކަނޑައެޅުންފަދ ކަންކަނަ ކުރުމަކީ ޤާނޫނު ހެދުމުގެ ތަރަހައިގެ ތެރޭގައި ހިމެނޭނެ ކަމެއްކަން ފާހަގަކުރަމެވެ.
4.15. އިޢުތިޞާމު މުޙައްމަދު ސަޢީދުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަތަކުގައި ބަޔާންކުރާ އުޞޫލުތަކަކީ އަސާސީ ޙައްޤު މާނަކުރުމުގެ ބޭނުމަށްޓަކައި، އެ ނުކުތާގައި ފާހަގަކޮށްފައިވާ ސަބަބުތަކަށްޓަކައި، ބޭނުންކުރެވިދާނެ މައްސަލަތަކެއް ނޫންކަން ފާހަގަކޮށްފައިވާ ހިނދު، އިޢުތިޞާމް މުޙައްމަދު ސަޢީދގު ފަރާތުން ހުށަހެޅި Barker މައްސަލައަކީވެސް ޖިނާއީ ދަޢާވާއާވަކިން އޭނާގެ އަސާސީ ޙައްޤު ގެއްލިފައި ވާކަމަށްބުނެކުރި ދަޢުވާއެއްކަން ފާހަގަކޮށްފައިވެއެވެ. އަދި އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ޙައްޤެއް ގެއްލިފައިވާނަމަ، ވަކު ދަޢުވާއެއްގެ ގޮތުގައި އެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަހެއް އޮތްކަމުގައި ނުދެކޭކަމަށް ކަނޑައަޅުއްވާފައިވެއެވެ.
5.15. އިޢުތިޞާމު މުޙައްމަދު ސަޢީދުގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-B12/06 ޤަޟިއްޔާގެ ނިންމުން ބާޠިލުކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅުއްވައި، މައްސަލަ ނިންމަވާފައިވެއެވެ. 18 Barker v. Wingo މައްސަލައަކީ ބާކަރ އާ ދެކޮޅަށް ކެންޓަކީގެ ސްޓޭޓްއަށް ނިސްބަތްވާ ކޯޓުތަކުގައި ކުރެވުނު ޖިނާއީ ޝަރީޢަތްތަކުގެ ބޭރުން، އެ ޝަރީޢަތްތައް ނިމި، ބާކަރގެ މައްޗަށް ކުރި ޙުކުމް ނިހާއީވުމަށްފަހު، ބާކަރގެ ފަރާތުން ފެޑަރަލ ކޯޓުތަކަށް ހުށަހެޅް ވަކި މައްސަލައެއްގެ ތެރެއިން އުފަންވެ، އިސްތިއުނާފު މަރުޙަލާގެ ތެރެއިން ޔުނައިޓެޑް ސްޓޭޓްސ އޮފް އެމެރިކާގެ ސުޕްރީމް ކޯޓުން ނިމުނު މައްސަލައެކެވެ. އެ މައްސަލައިގައި އެކަށީގެންވާ އަވަސް މިނެއްގައި ޝަރީޢަތްކުރުމަކީ ކޮބައިކަން ތަފްސީލުކޮށް ސާފު އުޞޫލެއް ޤާއިމުކޮށްފައި ނުވެއެވެ. އެ މައްސަލަ މަޝްހޫރުވެފައިވަނީ އެ މައްސަލައިން ޤާއިމުކުރި ޓެސްޓުގެ ސަބަބުންނެވެ. އެޓެސްޓަކީ ޝަރީޢަތް ދިގުދެމިގެން ދިއުމުގެ ސަބަބުން ދުސްތޫރީ ޙައްޤަކަށް އުނިކަން ލިބިފައިވާކަން ދެނެގަންނާނީ ގޮތެ ބަޔާންކުރާ، 4 ބަޔަށް ބެހިގެންވާ ޓެސްޓެކެވެ. Barker މައްސަލައިގައި ތަޢާރަފުކުރި ޓެސްޓަކީ އެހާ ސާފު ޓެސްޓެއްކަމަށް ނުފެނިގެން، އަދި އެ ޓެސްޓް މާނަކޮށް ތަޠުބީޤު ކުރުމުގައި ކުރިމަތިވި މައްސަލަތަކުގު ސަބަބުން، ކޮންގްރެސްއިން Speedy Trial Act of 1974 ފާސްކޮށް، ޖިނާއީ މައްސަލަތަކާއި ގުޅިގެން ތަބާވާންޖެހޭ މުއްދަތުތަކެއް ކަނޑައަޅައި، މުއްދަތުތައް އިތުރުކުރާނެ އިޖުރާއަތެއް ހިމެނުމާއެކު، އިސްތިސްނާތަކެއް ބަޔާންކުރިއެވެ.
ކްރިމިނަލް ކޯޓުން ނިންމިގޮތް
16އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ކަންކަމުގެ މައްޗަށް ބިނާކޮށް، ކްރިމިނަލް ކޯޓުން ނިންމާފައިވާގޮތް ތިރީގައި އެވަނީއެވެ. "ބުނެވިދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމުން، ގދ. މަޑަވެލި/ ގަމަރީ، އިޢުތިޞާމް މުޙައްމަދު ސަޢީދުގެ މައްޗަށް ދައުލަތުން މި ކޯޓަށް ހުށަހަޅާފައިވާ ޓެރަރިޒަމްގެ ޢަމަލެއްކުރަން އުޅުމުގެ ކުށުގެ ދަޢުވާއާއި ގުޅިގެން، މީނާ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް، މި ކޯޓުގެ ނަންބަރު 2017)/SHB/2021/112-B9(655-145 އަމުރުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމަށް ނިންމައިފީމެވެ." އިސްތިއުނާފު ނުކުތާއާއި ދެކެވުނު ވާހަކާ
17ކްރިމިނަލް ކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމަށްއެދި، އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ފަރާތުނު 4 (ހަތަރެއް) ނުކުތާ ހުށަހަޅާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކާއި، މި މައްސަލައިގެ އިސްތއުނާފި ފޯމުގައިވާ ތަފޞުލާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެކެވުނު މައިގަނޑު ވާހަކަތައް
18އިސްތިއުނާފުކުރާ ފަރާތުގެ ފުރަތަމަ ނުކުތާއަކީ، އިސްތިއުނާފު މިކުރެވޭ އަމުރަކީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމުގައެވެ. މި ޙާލަތުގައި، އިޢުތިޞާމް މުޙައްމަދު ސަޢީދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާ، މީނާއާއެކު އިރުތު 3 (ތިނެއް) މީހެއްގެ މައްޗަށް ހުށަހެޅިފައި ވީނަމަވެސް، މީނާފިޔަވައި އެހެންއެންމެނ ބަންދުން ދޫކޮށްލާފައިވާކަމަށެވެ.
19އެންމެންގެ މައްޗަށްވެސް ހުށަހަޅާފައިވަނީ އެއްހެކިތަކެއް ކަމަށެވެ. އެހެންކަމުން، އެފަރާތްތައް މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލަކަށްނުވެ، ހަމައެކަނި އިޢުތިޞާމް މުޙައްމަދު ސަޢީދު މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލަކަށްވީ ސަބަބު، އަމުރު ނެރުއްވި ފަނޑިޔާރު، އެ އަމުރުގައި ބަޔާންކުރައްވާފައި ނުވާކަމަށެވެ.
20ޤާނޫނުގެ ކުރިމަތީގައި، އަދި އެމީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީވެސް ހަމަހަމަވެގެންވާ މީހެއް ކަމަށާއި، ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެވެސް ޙައްޤެއްކަމުގައި ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާކަމަށެވެ. ނަމަވެސް، މި މައްސަލައިގައި ހަމައެކަނި އިޢުތިޞާމް މުޙައްމަދު ސަޢީދު ބަންދުކޮށްފައި ބެހެއްޓުމަކީ، މީނާގެ ކިބައިން އެ ޙައްޤު ނިގުޅައިގަނެ، އޭގެނަތީޖާއެއްގ ގޮތުނެ އެހެނިހެން އެތަކެއް އަސާސް ޙައްޤަކުން މީނާ މަރޙު މްވެފައިވާ ސަބަބއްކަމަށެވެ.
21މި ޙާލަތުގައި، މީނާގެ މައްޗަށް ދަޢުވާކޮށްފައިވާ މައްސަލައި ގައި ހިމެނޭ އެހެންމީހުން ބަންދުން ދޫކޮށްލާފައިވާއިރު، އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ނިންމި ނިންމުމުގައި، މީނާއާމެދު ތަފާތުކޮށް ޢަ މަލުކޮށްފައިވ ސަބަބާ ސާފުކޮށްދެއްވާފައި ނުވާކަމަށެވެ.
22ދެވަނަ އިސްތިއުނާފީ ނުކުތާއަކީ، ދަށުކޯޓުގައި ހިނގަމުންދާ މައްސަލައިގައި އިޢުތިޞާމް މުޙައްމަދު ސަޢީދަށް ކުރިމަތިވެފައިވާފަދަ ޙާލަތްތަކުގައި، ބަންދުން ދޫކޮށްލުމަކީ ދެވިދާނެ ފަރުވާއެއް ކަމަށާއި، އެފަދަ ފަރުވާއެއް ދިނުމުގައި ރިޢާޔަތްކުރެވިދާނެ އުޞޫލުތައް، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިޢުތިޞާމް މުޙައްމަދު ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2026/HC-B12/06) (މީގެފަހުން "ނަންބަރ 2026/HC-B12/06 ޤަޟިއްޔާ"ކަމަށް ބުނެފައިވާ) ޤަޟިއްޔާގއަ ބަޔާން ކޮށްފައިވާއިރު، އިސްތިއުނާފު ކޮށްފައިވާ އަމުރު ނެރުއްވުމުގައި، އެ އުޞޫލުތަކަށް އެއްވެސް ވަރަކަށް ރިޢާޔަތް ކުރައްވާފައިނުވުމާއި، އަދި އެ ކަންކަމަށް ރިޢާޔަތް ކޮށްފައިނުވަނީ ކީއްވެގެންކަން އަމުރުގައި ބަޔާންކޮށްފައި ނުވުމަކީ، ސަބަބު ބަޔާންކޮށްދިނުމުގެ އުޞޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައެވެ.
23ދެވަނަ އިސްތިއުނާފީ ނުކުތާގައި ޙަވާލާދީފައިވާ މައްސަލައަކީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އެކަށީގެންވާ މުއްދަތެއްގެތެރޭގައި އިންޞާފުން ޝަރީޢަތްކުރުމުގެ ޙައްޤުން އިސްތިއުނާފުކުރާ ފަރާތް މަޙުރޫމުވެފައި ވާކަމަށްބުނެ ދަށުކޯޓުގައި ހިނގަމުންދާ މައްސަލަ ބާޠިލުކޮށްދިނުމަށް އެދި، ދަށުކޯޓަށް ހުށަހެޅި ހުށަހެޅުމާ ގުޅިގެން އެ ކޯޓނު ނިންމިގޮތާމެދު ހިންހަމަނުޖެހިގެން އެނިންމުން އިސްތިއުނާފުކުރުމަށް، އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލައެއްކަމަށެވެ.
24ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-B12/06 ޤަޟިއްޔާގެ ނިންމުމުގައި، މި މައްސަލަ އެކަށީގެންވާ މިންވަރަށްވުރެ ލަސްވެފައި ވީނަމަވެސް، މައްސަލަ ބާޠިލުކުރަން އަމުރުކުރާނެތަނެއް ނެތްކަމަށް ކަނޑައަޅާފައި ވާކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި، މުއްތަހަމުހުރީ ބަންދުގައި ކަމަށްވާނަމަ، ބަންދުން ދޫކޮށްލުމަކީ ދެވިދާނެ ފަރުވާއެއް ކަމުގައި ބަޔާން ކޮށްފައިވާކަމަށެވެ.
25ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-B12/06 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަންކަމުގެ ތެރެއިން، މުހިއްމުކަމަށް އިސްތިއުނާފުކުރާ ފަރާތުންދެކޭ ކަންކަމަށް ޙަވާލާދެއްވާފައިވެއެވެ. އެގޮތުން ފާހަގަކޮށްފައިވާ ކަންކަން ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
1.25. އިޢުތިޞާމް މުޙައްމަދު ސަޢީދުގެ މައްޗަށް ދަށުކޯޓަށް ހުށަހެޅިފައިވާ މައްސަލަ އެކަށީގެންނުވާ މިންވަރަށް ލަސްވެއްޖެކަން.
2.25. އިނގިރޭސިވިލާތުގެ އެޓަރނީ ޖެނެރަލްގެ ފަރާތުން "އެކަށީގެންވާ މުއްދަތެއްގެތެރޭގައި ޝަރީޢަތް ކުރިއަށް ގެންދިޔުމުގެ ޙައްޤު"އާ ގުޅޭގޮތުންބެލި މައްސަލައެއްގައި، ކޯޓުން އެ މާއްދާ މާނަކޮށްފައިވާގޮތާ ގުޅޭގޮތުން ހައުސް އޮފް ލޯރޑްސްގެ އޮޕީނިއަންއަކަށްއެދި، އިނގރޭސިވިލާތުގި Criminal Justice Act 1997 ގެ 36 ވަނަ މާއްދާގެ ދަށުން، އެޓަރނީ ޖެނެރަލްއަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން، ކޯޓް އޮފް އެޕީލްސްއަށ ހުށަހެޅް ހުށަހެޅުމާމެދު ނިންމިގޮތް ކަމުގައިވާ House of Lords in Attorney General’s Reference (No 2 of 2001) އާ ޙަވާލާދެއްވައި، އެ ނިންމުމުގައި ބަޔާންކޮށްފައިވާ ކަންކަމަށް ހައިކޯޓުން ތާއީދު ކޮށްފައިވާކަން.
3.25. ޖިނާއީ މައްސަލައެއްގެ ޝަރީޢަތް ކުރިއަށް ނުގެންދިޔުމަށް ނުވަތަ ބާޠިލކުރުމަށު ނިންމުމަކީ އިސްތިސްނާ ޙާލަތެއްގައިމެނުވ ނަގައިދެވޭނީ ފަރުވާއެއް ނޫންކަމަށާއި، އެއަށްވުރެ ކުޑަ ނުވަތަ ލުއި ފަރުވާއެއް ނަގައިދިނުމަކީ، ޚިލާފުވެފައިވާ ޙައްޤަށް އެޑްރެސްކުރުމަށް ފުދޭނެ ކަމެއްތޯ މިފަދަ ޙާލަތްތަކުގައި ކޯޓުތަކުން ވަޒަން ކުރަންވާނެކަމުގައި، ޙަވާލާދެވުނު ހައުސް އޮފް އެޕީލްސްގެ ނިންމުމުގައި ބަޔާންކޮށްފައިވާކަން.
4.25. ޖިނާއީ މައްސަލައެއް އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށް ނުދިއުމަކީ އެކަމުގެ ސަބަބުން މުއްތަހަމަށް ލިބިދޭ، އެކަށީގެންވާ އަވަސްމިނެއްގައި ޝަރީޢަތްކުރެވުމުގެ ޙައްޤާ ޚިލާފަށް ކުރެވޭކަމެއް ކަމަށާއި، އެފަދަ ޚިލާފުވުންތަކަށް އެކަށީގެންވާ ޙައްލެއް އޮންނަންޖެހޭނެކަމަށް ޙަވާލާދެވުނު ހައުސް އޮފް އެޕީލްސްގެ ނިންމުމުގައި ބަޔާންކޮށްފައިވާކަން.
5.25. އެކަށީގެންވާ އަވަސްމިނެއްގައި ޝަރީޢަތްކުރެވުމުގެ ޙައްޤު ގެއްލިފައިވާ ޙާލަތުގައި، ހޯދައިދެވޭ ޙައްލަކީ އެކަށީގެންވާ ޙައްލެއްކަމުގައ ވުމަށްޓަކައި އެ ޙައްޤާ ޚިލާފު ވެފައިވާގޮތާއި، ޙާލަތާއި، މިންވަރާއި، މައްސަލައިގައި ކަންހިނގާފައިވާގޮތާއި، މައްސަލައިގެ ވަށައިގެންވާ ކަންކަމުގެ އިތުރުން، އެ މައްސަލައެއް އޮތްމަރުޙަލ ނުވަތާ ހިސާބަކީ މުހިއްމު ދައުރެއް އަދާކުރާނެ ކަންކަން ކަމަށާއި، އެގޮތުން މައްސަލައިގެ އަޑުއެހުންތައް ފެށުމުގެ ކުރިން ވެފައިވާ ޚިލާފެއްނަމަ، އެފަދަ ޚިލާފެއް ވެވިއްޖެކަން ގަބޫލުކުރުމާއެކު ޙާލަތުތަންދޭ އެންމެމަތީ މިންވަރަކުން އެފަދަ މައްސަލައެއް އަވަސްކުރުމާއެކު، އެ ޙާލަތުގައި ދަޢުވާލިބޭ މީހާ ހުރީ ބަންދެއްގައި ކަމުގައިވާނަމަ، މީހާ ދޫކޮށްލުމަކީވެސް ކުރެވިދާނެ ކަމެއްކަމަށް ޙަވާލާދެވުނު ހައުސް އޮފް އެޕީލްސްގެ ނިންމުމުގައި ބަޔާންކޮށްފައިވާކަން.
26ބުނެވިދިޔަ ކަންކަމަކީ، އިޢުތިޞާމް މުޙައްމަދު ސަޢީދު ގެ ބަންދު މުރާޖަޢާ ކުރެއްވުމުގައި، ކްރިމިނަލް ކޯޓުން ރިޢާޔަތް ކުރައްވަންޖެހޭނެ ކަންކަންކަމަށެވެ. އެހެންނަމަވެސް، އެކަންކަމަށް ޙަވާލާ ދެއްވާފައިނުވާތީ، ބަންދު މުރާޖަޢާ ކުރެއްވުމުގައި އެކަންކަމަށް ރިޢާޔަތް ކުރައްވާފައިނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށެވެ.
27ކްރިމިނަލް ކޯޓުން އިސްތިއުނާފުކުރާ ފަރާތުގެ ބަންދު މުރާޖަޢާ ކުރެއްވުމުގައި، ދޫކޮށްލައްވާފައި ވާކަމަށް އިސްތިއުނާފުކުރާ ފަރާތުންދެކޭ މައިގަނޑު ކަންކަން ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
1.27. ދަށުކޯޓުގައި ހިނގަމުންދާ މައްސަލަ އެކަށީގެނވް މިންވަރަށްވުރެ ލަސްވެފައިވާކަން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާކަމާއި، އެކަމާގުޅިގެން އެކަށީގެންވާ ފަރުވާއެއް އިޢުތޞި މ މުޙައްމަދާ ސަޢީދަށ ލިބިދޭން ޖެހޭކަން.
2.27. މި މައްސަލައިގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، މައްސަލަ ލަސްވެފައިވާ ސަބަބުތަކުގެ ތެރޭގައި ދައުލަތުގެ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރޭގައިހުރި މައްސަލަތަކެއް ހިމެނޭކަމާއި، މި ލަސްވި ލަސްވުމ ގުޅިގެނާ އިޢުތިޞާމް މުޙައްމަދް ސަޢީދަށް މިވަގުތު ދެވެނއޮތް ހަމައެކަން ފަރުވާއަކީ މީނާ ބަންދުން ދޫކޮށްލުންކަން.
3.27. މިވަގުތު އިޢުތިޞާމް މުޙައްމަދު ސަޢީދު ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަކީ، މީނއަށާ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޙައްޤު ނުގުޅައިގަނެވޭ ކަމެއްކަން.
28މި މައްސަލައަކީ ތަފާތު މައްސަލައެއްކަމަށެވެ. އެހެން މައްސަލައެއްގައި، އެކަށީގެންވާ އަވަސްމިނެއްގައި ޝަރީޢަތް ނުކުރެވިގެން ގިނަދުވަހު ބަންދުގައި ހުރެއްޖެކަމަށް ފާހަގަކޮށްފައި ނުވާކަމަށެވެ. އެހެންކަމުން، މަތީމަރުޙަލާގެ ކޯޓުތަކުގެ ނިންމެވުންތަކުގައި ވާޤިޢާ އެއްގޮތްނުވާކަމުގައި، އެ ނުކުތާއަށް ދަށުކޯޓުން ރިޢާޔަތް ކުރައްވަން ޖެހޭނެކަމަށެވެ. އެކަންނުހިމެނޭ މައްސަލަތަކުގައި ބަންދާމެދު ނިންމުމުގައި ޢަމަލުކުރާ އުޞޫލުތައް މި ޙާލަތުގައި ތަޠުބީޤު ކުރެވޭނެކަމަށް ނުދެކޭކަމަށެވެ.
29ބުނެވިދިޔަ ކަންކަން އެގޮތުގެމަތިން ހުރުމުން، އިސްތިއުނާފު ކޮށްފައިވާ ނިންމުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2020/SC-A/93) ޤަޟިއްޔާ (މީގެފަހުން "ޝަހީބް އިބްރާހީމް މައްސަލަ"ކަމަށް) އަދި މި ނޫންވެސް ނިންމެވުންތަކުގައި، ފަނޑިޔާރުގެ ނިންމެވުންތައް ބިނާކުރާ ސަބަބު ބަޔާންކުރަންވާނެކެމަށ ކަނޑައަޅާފައިވް އުޞޫލުތަކާ ޚިލާފު ނިންމެވުމެއްކަމަށެވެ.
30ތިންވަނަ އިސްތިއުނާފީ ނުކުތާއަކީ، އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ބަންދު މުރާޖަޢާ ކޮށްދިނުމަށްއެދި ދަށުކޯޓަށް ހުށަހަޅާފައިވަނީ، މީނާގެ އަސާސީ ޙައްޤެއް ގ އެލިފައިވާ މައްސަލައެއްގެ ތެރެއިން ކަމަށްވާއިރު، އެހެނިހެން މައްސަލަތަކާއި މި މައްސަލައާ ދެމެދުއޮތް ފަރަޤަށް ނުބައްލަވައި، މި މައްސަލައިގައި، އަސާސީ ޙައްޤުތަށް ކަށަވަރުކުރެވިގެން ހިނގާ މައްސަލަތަކުގައި ހިމެނޭ މީސްމީހުންގެ ބަންދު މުރާޖަޢާކުރުމުގައި ޢަމަލުކުރުމަށް މަތީކޯޓުތަކުން ކަނޑައަޅާފައިވާ އުޞޫލުތައް، މި މައްސަލައަށް ތަޠުބީޤުކޮށްފައި ވުންކަމަށެވެ.
31އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ފަރާތުން ބަންދު މުރާޖަޢާ ކޮށްދިނުމަށް ހުށަހެޅުމުގެ މައިގަނޑު އެއްސަބަބަކީ، މީނާގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާގެ ޝަރީޢަތް އެކަށީގެންވާ މިންވަރަށްވުރެ ލަސްވެފައިވާކަމަށާއި، އެކަމަށް ފަރުވާއެއް ލިބެންޖެހޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-B12/06 ޤަޟިއްޔާ ގައި ކަނޑައަޅާފައިވާތީ ކަމަށެވެ.
32ކްރިމިނަލް ކޯޓުން އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ބަންދު މުރާޖަޢާ ކުރެއްވުމުގައި، ޙަވާލާ ދެއްވފައާ ވަނި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް މައްސަލއާއަ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔު (2024/SC-A/09) (މީގެފަހުން "ޢިރުފާން ތަޤިއްޔު މައްސަލަ"ކަމަށް ބުނެފައިވާ)އަށް ކަމަށެވެ. އެ މައްސަލަތަކަކީ އެކަށގެނީ ވާ އަވަސްމިނެއްގައި ޝަރީޢަތް ކުރެވުމުގެ ޙައްޤު ގެއްލިފައިވާ މައްސަލަތައްކަމަށް ނުވާތީ، އެ ޤަޟިއްޔާތއަ މި މައްސަލައަށް ތަޠުބީޤުކުރެއްވުން ރަނގަޅުކަމުގައި އިސްތިއުނާފުކުރާ ފަރާތުން ނުދެކޭކަމަށެވެ.
33އިސްތިއުނާފީ ހަތަރުވަނަ ނުކުތާއަކީ، އިސްތިއުނާފު މިކުރެވޭ ނިންމުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2026/SC-A/10 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ 20 ވަނަ ޕެރެގްރާފުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުގެ އިއްތިފާޤުން، އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ބަންދާމެދު ނިންމާފައިވާ ނިންމުމާ ކަނޑައެޅިގެން ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައިވުމެވެ.
34ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2026/SC-A/10 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ 20 ވަނަ ޕެރެގްރާފްގައި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ވިދާޅުވެފައިވަނީ، "ސުޕްރީމް ކޯޓުގައި ބަލަމުން މިދާ މައްސަލަ ނިމުމާ ހަމައަށް، ކްރިމިނަލް ކޯޓުގެ ނަންބަރު 655/Cr-C/2017 ޤަޟިއްޔާއިން ބަލަމުންދާ މައްސަލައާ ގުޅިގެން، އިޢުތިޞާމް މުޙައްމަދު ސަޢީދު 5 (ފަހެއް) އަހަރާއި 10 (ދިހައެއް) މަހަށްވުރެ ދިގު މުއްދަތެއް ބަންދުގައި ހޭދަކޮށްފައިވެއެވެ. އަހުރެން ދެކޭގޮތުގައި، ބަޔާންކުރެވުނު މުއްދަތަކީ، ކޮންމެ އުޞޫލަކުން ބެލިނަމަވެސް މީހެއްގެ މައްޗަށް ކޮށްފައިވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް، އޭނާގެ މައްޗަށް އެކުށް ސާބިތުވުމެއް ނެތި ބަންދުގައި ބެހެއްޓުމަށް އެކަށީގެންވާ މިންވަރަށްވުރެ ދިގު މުއްދަތެކެވެ. އެހެނީ ކުށްކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހަކީވެސް، އެމީހަކު ކުށެއްކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތަށް ސާބިތު ނުކުރެވޭނަމަ ކުށެއްނެތް މީހެއްކަމުގައި ބަލަންޖެހޭ މީހެއް ކަމުގައިވެފައި، ކުށެއް ނެތްކަމުގައި ބަލަންޖެހޭ މީހަކު ގާތްގަނޑަކަށް 6 (ހައެއް) އަހަރު ބަންދުގައި ހުރުމަކީ ސަލާމަތް ބުއްދިހުރި މީހުންގެ މިންގަނޑުން ބެލިނަމަވެސް، އެންމެ ރަނގަޅު ނުވަތަ އެކަށޭނަ ގޮތެއް ކަމުގައި ބަލައިގަނެވޭނެ ހަމައެއް ނެތަތީއެވެ." މިފަދައިން ވިދާޅުވުމަށްފަހު، "ކަން މިފަދައިން އޮތްކަމުގައިވާ ނ މަވެސް، އަހުރެންގެ ކުރިމަތީގައި މިއޮތް މައްސަލައަކީ އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ބަންދާމެދު ގޮތެއްކަނޑައެޅުމުގެ މައްސަލައެއް ނޫނެވެ." މިހެން ވިދާޅުވެފައި ވާކަމަށެވެ.
35އެ ދެނުކުތާ އެކުއެކީގައި ކިޔާލުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2026/SC-A/10 ޤަޟިއްޔާ ގައި، އެ ކޯޓުން އިޢުތިޞާމް މުޙައްމަދު ސަޢީދު ބަންދުން ދޫކޮށްލުމަށް އަމުރުކުރައްވާފައި ނުވަނީ އެ މައްސަލައިގެތެރޭގައި، މީނާ ބަންދުން ދޫކުރުމަށް މީނާގެ ފަރާތުން އެދިފައި ނުވާތީކަން އެއްވެސް އޮޅުމެއްނެތި އެނގޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށެވެ. އެހެނީ، މައްސަލައެއްގައި ދަޢުވާކުރާ ފަރާތުން އެދިފައިނުވާ ފަރުވާއެއް ދިނުމަކީ ޝަރީޢަތުގެ އުޞޫލުތަކާ ޚިލާފު ކަމެއްކަމަށެވެ. އެހެންކަމުން އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ބަންދު މުރާޖަޢާކުރުމަށް ހުށަހެޅުމުން، އެކަމާމެދު ގޮތެއްކަނޑައެޅުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބުނެވިދިޔަ ނިންމުމަށް ދަށުކޯޓުން ތަބާވާންޖެހޭނެކަމުގައި އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށެވެ.
36ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2026/SC-A/10 ޤަޟިއްޔާގައި، އިޢުތިޞާމް މުޙައްމަދު ސަޢީދު ބަންދުގައި ހުރިހުރުން، ކޮންމެ އުޞޫލަކުން ބެލިނަމަވެސް މާދިގުކަމަށް ވިދާޅުވުމަށްފަހު، އެހެންނަމަވެސް، ކުރިމަތީގައިއޮތް މައްސަލައަކީ ބަންދާމެދު ގޮތެއްނިންމުމުގެ މައްސަލައެއްނޫނޭ، އެހެންވީމާ "އޭނާ ބަންދުން ދޫކޮށްލުމަށް އަމުރުކުރެވޭކަށްނެތޭ" މިއީ އޮމިޓްކުރެވިފައިވާ ބައެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ބަންދާމެދު ދެކޭގޮތް ސާފުކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށް ބުނެފައިވެއެވެ. އިސްތިއުނާފުކުރާ ފަރާތުގެ މިވާހަކައާ ގުޅުވައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2026/SC-A/10 ޤަޟިއްޔގާ އެ ނުކުތާގައި ދޫކޮށްލާވާހަކަ އޮތްތޯ ޝަރީޢަތުން ސުވާލުކުރުމުން، ކަނޑައެޅިގެން ޞަރީޙަކޮށް އެހެން ބަޔާންކުރައްވާފައި ނުވާކަމަށާއި، އެއީ އިސްތިއުނާފުކުރާ ފަރާތަށް ތަރުޖަމާ ކުރެއްވގޮތްކަމަށް އިޢުތިޞާމޭ މުޙައްމަދު ސަޢީދުގެ ފަރާތުން ބުނެފައިވެއެވެ.
37އިސްތިއުނާފުރައްދުވާ ފަރާތުން ދީފައިވާ ޖަވާބާ ގުޅިގެން އިތުރަށް ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައިއެވަނީއެވެ.
38އިސްތިއުނާފުކުރާ ފަރާތުގެ ފުރަތަމަ ނުކުތާއަށް ދައުލަތުން ޖަވާބެއްދީފައި ނުވާކަމަށެވެ. މައްސަލައިގެ އެހެންމީހުންނާ އިޢުތިޞާމް މުޙައްމަދު ސަޢީދުގެ މައްޗަށް އެއްހެކިތަކެއް ހުރިއިރު، މީނާ ބަންދުގައި ބެހެއްޓުމަށް ނިންމުމުގައި ތަފާތުކޮށްފައިވަނީ ކީއްވެގެންކަން ނޭނގޭކަމަށެވެ.
39ބަންދު މުރާޖަޢާއަށް ހުށަހަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދގާ ދަށުންކަމަށްވާއިރު، އެ ނޫންގޮތަކަށް ބަންދު މުރާޖަޢާކުރުމަށް ހުށަހެޅޭނެމަގެއ ނެތްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. އެހެންކަމުން، މި ޙާލަތުގައި ބަންދާމެދު ގޮތެއްނިންމެވުން، ހަމައެކަނި އެ މާއްދާއަށް ގައިދު ކުރެވެންޖެހޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ނުދެކޭކަމަށެވެ. މިފަދަ ޙާލަތްތަކުގައި ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި، މަތީމަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ރިޢާޔަތް ކުރެވޭނެކަމަށް ދެކޭކަމަށެވެ.
40އިޢުތިޞާމް މުޙައްމަދު ސަޢީދު ގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއްއޮތް ޙާލަތު ބަދަލުވިގޮތެއް ބަޔާންކޮށްދެވިފައި ނުވާކަމަށް ދައުލަތުގެ ޖަވާބުގައި ބުނެފައިވާއިރު، މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުގެ ނުކުތާއަކީ އއ ނޫންކަމަށެވެ. ޙަވާލާދީފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި ގޮތްނިންމަވާފައިވަނީ އިޢުތިޞާމް މުޙައްމަދު ސަޢީދު ގެ ޚާއްޞަ ޙާލަތާ ގުޅޭގޮތުންކަމަށެވެ. އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުގެ ބަންދާމެދު ގޮތްނިންމުމުގައި، މަތީމަރުޙަލާގެ ނިންމުންތަކުގައިވާ ކަންކަމަށް ރިޢޔަތްކުރަނާ ޖެހޭނެކަމަށާއި، އަދި ރިޢާޔަތް ނުކުރިނަމަ އެކަމުގެ ސަބަބުވެސް ބަޔާންކުރަން ޖެހޭނެކަމަށެވެ.
41މީހަކު ބަންދުން ދޫކުރުމުގައި ރިޢާޔަތްކުރެވޭނީ އެގްޒޯސްޓިވް ލިސްޓަކަށ ނޫންކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. ހުރިހާ މައްސަލައެއްގައި ކަންހިނގާނެގޮތް ޤާނޫނުގައި ތަފުޞީލު ނުކުރެވޭނެކަމަށެވެ. ބަންދުން ދޫކުރުމުގެ ޙާލަތާ ގުޅޭގޮތުން ޤާނޫނުގައި ބަޔާންކޮށްފައިވަނީ ޢާއްމު އުޞޫލެއްގެ ގޮތުންކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. މި މައްސަލައިގައިވަނީ ޚާއްޞަ ޙާލަތެއްކަމަށާއި، އެކަމަށް ރިޢާޔަތް ކުރެވެންވާނެކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށެވެ.
42އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ފަރާތުން އުފައްދާ ސުވާލު ދައުލަތަށް ސާފުވާކަމާމެދު ސުވާލު އުފެދޭކަމަށެވެ. މީގެކުރިން އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ބަންދާގުޅިގެނ މައްސަލް ހުށަހެޅުމުގެ 8 (އަށެއް) މަސްދުވަސް ފަހުން، މީނާގެ އެންކަލް މެޝަރމަންޓު ނެގުމުގެ އިތުރުން، ޖަލުގައިވާ އިތުރު 4 (ހަތަރެއް) މީހުންގެ އެންކަލް މެޝރަ މަންޓު، މީނާ ލައްވާ ނަންގުވާފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުގެ ވަކީލު ވިދާޅުވެފައިވެއެވެ. އިޢުތިޞާމް މުޙައްމަދު ސަޢީދު ބަންދުން ދޫކޮށްލުމުގެ ލެޖިޓިމޭޓް އެކްސްޕެކްޓޭޝަންއެއް އޮތްކަމަށެވެ. އިޢުތިޞާމް މުޙައްމަދު ސަޢީދުގެ މައްޗަށް ދަޢވާކުރު މައްސަލައިގައި ދަޢުވާލިބޭ މުޙައްމަދު ތަސްލީމްގެ މައްޗަށްވެސް ހަމައެއްހެކިތަކެއް ހުރިއިރު، އޭނާބަންދުން ދޫކޮށްލާފައި ވާކަމަށެވެ. އަދި އިޢުތިޞާމް މުޙައްމަދު ސަޢީދު ތަމްސީލު ކުރުމަށްޓަކައި މަޝްވަރާކުރުމުގައި ގޮންޖެހުން ހުރިކަމަށެވެ.
43މީގެއިތުރުން، މި މައްސަލައިގެ އަޑުއެހުން ލަސްވުމުގައި ދައުލަތުގެ ދައުރު އޮތްކަމަށްދެކޭ ސަބަބުތަކާއި، ކަންހިނގާފައިވާގޮތްކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭގޮތް އިތުރަށް ތަފުޞީލު ކޮށްފައިވެއެވެ. އަދި މި މައްސަލައިގެ މާޒީއަށް ބަލާއިރު، ބަންދު މުރާޖަޢާ ކުރުމަށް އެދުމުން، ބަންދު މުރާޖަޢާކުރުމުގެ ޙައްޤަކީ ދައުލަތަށް ލިބިގެންވާ ޙައްޤެއްކަމަށާއި، އެވާހަކަ އިތުރަށް ނުދެއްކުމަށް ޝަރީޢަތުން އިސްތިއުނާފުކުރާ ފަރާތަށް ޝަރީޢަތުން އަންގަވާފައި ވާކަމަށެވެ. އިޢުތިޞާމް މުޙައްމަދު ސަޢީދު ބަންދުގައިހުރީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުންކަމަށެވެ. ބަންދު މުރާޖަޢާ ކުރުމަށްއެދި ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، ބަންދު މުރާޖަޢާ ކުރުމުގެ ޙައްޤަކީ ދައުލަތަށް ލިބިގެންވާ ޙައްޤެއްކަމަށް ބުނެފައިވާކަމަށެވެ. މިހާރު މައްސަލަ ބައްލަވާ ޤާޟީ މައްސަލަ ކުރިއަށް ގެންދަވާ ދުވެއްޔާމެދު އިސްތިއުނާފުކުރާ ފަރާތުން ހިތްހަމަޖެހޭކަމަށާއި، އެހެންނަމަވެސް ބަންދުން ދޫކޮށްލަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅުއްވާފައި ވާކަމަށެވެ.
44މި މައްސަލައިގައި އިޢުތިޞާމް މުޙައްމަދު ސަޢީދު ބަންދުގައި ހޭދަކޮށްފައިވާ މުއްދަތު ދިގުވެފައިވާތީ، މި ޚާއްޞަ ޙާލަތަށް ނަޒަރުކޮށް، އެހެންގޮތަކަށް ދައުލަތުން ޢަމަލުކުރުމުގެ ވިސްނުމެއް ގެންގުޅުމަށް އިސްތިއުނާފުކުރާ ފަރާތުން އެދޭކަމަށެވެ. އިޢުތިޞާމް މުޙައްމަދު ސަޢީދއާއު މި މައްސަލައިގައި ދަޢުވާލިބޭ އެހެންމީހުންނާ އެއްގޮތަކަށް ޢަމަލުކޮށްދިނުމަށް އެދޭކަމަށެވެ.
45މައްސަލައިގެ އަޑުއެހުމުގައި ފަނޑިޔާރުން ކޮށްފައިވާ ސުވާލާ ގުޅިގެން ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި އެވަނީއެވެ.
1.45. އިސްތިއުނާފީ ފުރަތަމަ ނުކުތާގައި، ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާ ޙަވާލާދެއްވައި ހުށަހަޅުއްވާފައިވާ ކަންކަމުގެ މައްޗަށްބިނާކޮށް، މާނަކުރަން އެދޭގޮތަކީ ކޮބައިތޯއާއި، މި މައްސަލައިގައި އެހެން މީހުން ދޫކޮށްލާފައިވުމުނ އިޢުތިޞާމް މުޙައްމަދް ސަޢީދުވެސް ދޫކޮށްލަން ޖެހޭކަމަށްތޯ ޝަރީޢަތުން ސުވާލުކުރުމުން، އެއީ އެއްވާހަކކަމަށް އިސްތިއުނާފުކުރާ ފަރާތުން ޖަވާބު ދެއްވާފައިވެއެވެ.
2.45. ސުވާލު އުފެދޭ ހިސާބަކީ، އެއްހާދިސާއަކާ ގުޅި ގެން އެކިމީހުންގެ ޢަމަލު އެކިމިންވަރަށް ހުރެދާނެކަމަށް ބެލެވޭއިރު، އެއަށްވެސް ބެލުމެއްނެތި، އެއްދަޢުވާއެއްގެ ދަށުން ދަޢުވާކޮށްފައިވާ މީހުންގެ ތެރެއިން ބަޔަކު ދޫކޮށްލައިފިނަމަ، ދެންތިބި މީހުންވެސް ދޫކޮށްލަން ޖެހޭކަމަށްވާނަމަ، ތަފާތު ކުރަންޖެހޭގޮތަކީ ކޮބައިތޯ ޝަރީޢަތުން ސުވާލުކުރުމުން، ހުށަހެޅުމަކީ އެއީނޫންކަމަށާއި، އެއްމާއްދާއެއްގެ ދަށުން ދަޢުވާ ކޮށްފައިވާއިރު، ތަފާތުވެފައިވާގޮތެއް ބުނެދޭންވާނެކަމަށާއި، ހެކިހުރީ އެއްމިންވަރަކަށް ކަމަށާއި، މި ޙާލަތުގައި މީނާއާއި އެހެންމީހުނާ ތަފާތުވާގޮތެއް ދައުލަތުން ބުނެދީފައި ނުވާކަމަށާއި، އެ ޙާލަތުގައި ހަމަހަމަ ވާންޖެހޭކަމަށެވެ.
3.45. ބަންދުން ދޫކުރި މީހުންގެ ތެރެއިން އެއްވެސް ބަޔަކު އަނބުރާ ބަންދަށް ދާންޖެހޭފަދަ ޙާލަތެއް އައިތޯ ޝަރީޢަތުން ސުވާލުކުރުމުން، މައްސަލައިގެ ޓައިމްލައިނ ދައުލަތުން ހުށަހަޅާފައިވަނީ ރަނގަޅަށްކަމަށާއި، އިޢުތިޞާމް މުޙައްމަދު ސަޢީދުގެ އިތުރުން މުޙައްމަދު ތަސްލީމް ބަންދަށްލާފައި، ދަޢުވާ ސާބިތުނުވުމުން، ދައުލަތުން އެ މައްސަލަ އިސްތިއުނާފު ކޮށްފައިވާކަމަށެވެ. އިޢުތިޞާމް މުޙައްމަދު ސަޢީދުގެ މައްޗަށް ދަޢުވާކުރި މައްސަލައިގައި ދަޢުވާ ސާބިތުނުވުމުން، ދައުލަތުން އެ މައްސަލަ އިސްތިއުނާފު ކޮށްފައި ނުވާކަމަށެވެ. އެހެންވީމާ، މުޙައްމަދު ތަސްލީމު ބަންދުގައި ބެހެއްޓުނު މާ ލާއިގުކަމަށް ބެލެވޭނެކަމާމެދު އިސްތިއުނާފުކުރާ ފަރާތުން ސުވާލު އުފައްދާފައިވެއެވެ.
4.45. ހުށަހަޅާފައިވާގޮތަށް ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ ތަރުޖަމާ ކުރުމަށްބަލައި، އިސްތިއުނާފުކުރާ ފަރާތުގެ ހުށަހެޅުމުގެ އަނެއްކޮޅަށް ބަލާއިރު، ތިންމީހުން ބަންދުކޮށްފައި އެކަކު ދޫކޮށްލަންޖެހޭ ސަބަބުހުރިނަމަ، އެމީހަކުވެސ ބަންދަށް ދާނީތޯ ޝަރީޢަތުން ސުވާލުކުރުމުން، އެ ޙާލަތު މި މައްސަލައިގައި ނެތްކަމަށާއި، މި މައްސަލައިގައި ދޫކޮށްފައިވާ މީހުންނާއި މީނާގެ މައްޗަށްއޮތީ އެއްދަޢުވާއަކާއި އެއްހެކިތަކެއް ކަމަށާއި، ޙާލަތު ތަފާތުވާ އެއްވެސް ސަބަބެއް ނެތްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. އަދި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ނިންމެވި ނިންމެވުން ނުރަނގަޅުކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށެވެ.
5.45. މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ކަނޑައަޅައި ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ދަށުކޯޓުން ކުރެއްވި އަމުރު އިސްތިއުނާފު ކޮށްފައިވޭތޯ ޝަރީޢަތުން ސުވާލުކުރުމުން، ޝަރީޢަތް ނިމެންދެން ބަންދުކުރި އަމުރު އިސްތިއުނާފުކޮށްފައި ނުވާކަމަށާއި، އޭރު މަސައްކަތްކުރެއްވ އެހެނީ ވަކީލެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން ޖަވާބު ދެއްވާފައިވެއެވެ.
6.45. ޓެރަރިޒަމްގެ އިތުރު ތުހުމަތެއް 25 އޮކްޓޯބަރ 2021 ދުވަހު ކުރެވުނުކަމަށް އިސްތިއުނާފުކުރާ ފަރާތުން ވިދާޅުވެއްޖެކަމަށާއި، މިހާރު ޝަރީޢަތް ނިމންދެނެ ބަންދުކުރެވިފައި މިވަނީ އެ ތުހުމަތުގެ މައްޗަށް ނޫންތޯ ޝަރީޢަތުން ސުވާލުކުރުމުން، އެ މައްސަލައިގއަ އިތުރު ބަޔަކުވެސް ހިމެނޭކަމަށާއި، މި މައްސަލައިގައި ދޫކޮށްލާފައިހުރި އެކަކުވެސް އޭގތެރޭގައެ ހިމެނޭކަމަށް ބުނެފައިވެއެވެ. މި މައްސަލައިގައި ދަޢުވާލިބޭ އަދި ދޫކޮށްލާފައިވާ ހަތަރު މީހަކުގެ ތެރެއިން އެކަކު، އެ ތުހުމަތުގައި އޭރު ބަންދުކުރި ކަމަށް ޖަވާބު ދެއްވާފައިވެއެވެ.
7.45. މިހާރު ކްރިމިނަލް ކޯޓުގައި ހިންގޭ ޝަރީޢަތަކީ 2021 ވަނަ އަހަރުގެ ތުހުމަތާ ގުޅިގެން ކުރެވޭ ޝަރީޢަތެއްތޯ ނުވަތަ 2017 ވަނަ އަހަރުގެ ތުހުމަތާގުޅޭ ޝަރީޢަތެއްތޯ ސުވާލުކުރުމުން، 2017 ވަނަ އަހަރުގެ ތުހުމަތާގުޅޭ ޝަރީޢަތެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން ޖަވާބު ދެއްވާފައިވެއެވެ.
8.45. މައްސަލައިގެ ޝަރީޢަތް ލަސްވުމުގެ ސަބަބުން، ނަތީޖާއެއްގެ ގޮތުން ބަންދުން ދޫވާންޖެހޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ގބޫލަކރައްވު ޤާނޫނާ ބިނާއަކީ ކޮބައިތޯ ޝަރީޢަތުން ސުވާލުކުރުމުން، އިސްތިއުނާފު ފޯމުގައިވެސް ބަޔާންކޮށްފައިވާ ފަދައިން، އެކަށީގެންވާ އަވަސްމިނެއްގައި ޝަރީޢަތް ކުރެއްވުމުގެ ޙައްޤާއި، އެކަމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ދެއްވާފައިވާ އިރުޝާދުތަކަކީ ފުރަތަމަ ބިނާކަމަށެވެ. ދެވަނަ ބިނާއަކީ، ޤާނޫނުއަސާސީގެ އަސާސީ ޙައްޤުތައް ލިޔެފައި އޮންނަނީ އެއްޙައްޤު ގެއްލިފައި އަނެއްޙއްޤަ ލިބިދޭގޮތަށް ނޫންކަމަށާއި، ޝަރީޢަތް ނިމެންދެން މީހަކު ބަންދުކުރަން ހުއްދަދޭއިރު، ޤާނޫނއަސާސު ގ ތަސައްވުރުގައި އެކަށީގެންވާ އަވަސްމިނެއްގައި ޝަރީޢަތްކޮށް ނިންމުން ހިމެނޭކަމަށެވެ. މިހާރުއޮތީ ޚާއްޞަ ޙާލަތެއްކަމަށާއި، އެ ޚާއްޞަ ޙާލަތުގައި ޤާނޫނުއަސާސީގެ މާއްދާތައް އެކުގައި ކިޔުމުން، ކޮންމެސް ކްރިއޭޓިވ ފަރުވާއެއް ދޭންޖެހޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށެވެ.
9.45. އިސްތިއުނާފުކުރާ ފަރާތުން ޙަވާލާ ދެއްވާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގެ 20 ވަނަ ޕެރެގްރާފއަކު އެ މައްސަލައިގެ ރޭޝިއޯތޯ ޝަރީޢަތުން ސުވާލުކުރުމުން، މައްސަލައިގެ މައުޟޫޢުއަކ އެހެނީ މައުޟޫޢުއެއްކަމަށާއި، އެއީ ރޭޝިއޯ ނޫންކަމަށާއި، ހަވާސާގައި ދެއްވާފައިވާ އިރުޝާދެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން ޖަވާބު ދެއްވާފައިވެއެވެ.
10.45. ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)އަށް ރުޖޫޢަވާއިރު، އެ މާއްދާގެ އަލީގައި، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އުޞޫލުތައް މި ޙާލަތުގައި ތަޠުބީޤުކުރުން ލާޒިމުވާނެތޯ ޝަރީޢަތުން ސުވާލުކުރުމުން، އެވާހަކައަށ ރިޢާޔަތް ކުރަންޖެހޭކަމަށް ދެކޭކަމަށާއި، ޤާނޫނއަސާސީގު 143 ވަނަ މާއްދާގެ (ރ)ގެ ދަށުން ޢަމަލުކުރުން ލާޒިމުކަމަށް ނުދަންނަވާކަމަށާއި، އެހެންނަމަވެސް، ބަންދާގުޅޭ އިރުޝާދަކީ އިސްތިއުނާފުކުރާ ފަރާތާގުޅޭގޮތުން މަތީމަރުޙަލާގެ ކޯޓުތަކުން ދީފައިވާ މުބާޝރި އިރުޝާދުތަކެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށް ޖަވާބު ދެއްވާފައިވެއެވެ.
އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް
46އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ތިރީގައިވާގޮތަށެވެ. "އިސްތިއުނާފުކުރާ ފަރާތުން އެދެނީ، ކްރިމިނަލް ކޯޓުގެ ނަންބަރު B11/AM/2026/01-145 ކޯޓު އަމުރު ބާޠިލުކޮށްދެއްވައި، އިޢުތިޞާމް މުޙައްމަދު ސަޢީދު ބަންދުން ދޫކޮށްލުމަށް އަމުރުކޮށްދެއްވައި މައްސަލަ ނިންމަވައިދެއްވުމެވެ." އިސްތިއުނާފު ރައްދުވާފަރާތުން ދައްކާފައިވާ ވާހަކަ
47މި މައްސަލައާ ގުޅިގެން ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި، އިސްތިއުނާފު ނުކުތާތަކުގެ ޖަވާބުގައާއި އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ ރައްދުގައި ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
ފުރަތަމަ އިސްތިއުނާފީ ނުކުތާ
48އިސްތިއުނާފީ މައްސަލައާ ގުޅިގެން 24 އޭޕްރިލް 2017 ދުވަހު، އިސްތިއުނާފުކުރާ ފާރާތު ހައްޔަރުކޮށް، 25 އޭޕްރިލް 2017 ދުވަހު މީނާ ބަންދުކުރުމަށްފަހު، 08 އޮކްޓޯބަރ 2018 ދުވަހު، މާލެއިން ފުރައިގެން ނުދިއުމަށާއ ކޯޓަށި އެއްބާރުލުން ދިނުމަށް ޝަރޠުކޮށ އިޢުތިޞާމް މުޙައްމަދް ސަޢީދު ބަންދުން ދޫކުރުމަށް އަމުރު ކުރައްވާފައިވާ ކަމަށެވެ.
49އެއަށްފަހު، 01 މެއި 2021 ދުވަހު، އިޢުތިޞާމް މުޙައްމަދު ސަޢީދު މި ބާވަތުގެ އިތުރު މައްސަލައެއްގެ ތުހުމަތުގައި ބަންދުކުރުމަށްފަހު، 25 އޮކްޓބަރޯ 2021 ދުވަހު، އެ މައްސަލައިގެ ބަންދުން ދޫކޮށްފައިވެއެވެ. އަދި، ހަމަ އެ ތާރީޚުގައި، އިޢުތިޞާމް މުޙައްމަދު ސަޢީދު އަލުން މި އިސްތިއުނާފީ މައްސަލައިގެ ބަންދަށް ބަދަލުކުރެވިފައި ވާކަމަށެވެ. އޭގެފަހުން 23 ނޮވެމްބަރ 2021 ދުވަހު، މި މައްސަލައިގައި، ޝަރީޢަތުން ގޮތެއްކަނޑައަޅަންދެން އިޢުތިޞާމް މުޙައްމަދު ސަޢީދު ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރައްވާފައި ވާކަމަށެވެ.
50ޖިނާއީ މައްސަލަތަކުގެ ތުހުމަތުގައި މީހުން ހައްޔަރުކޮށް ބަންދުކުރުމުގައި، އެމީހަކީ ބަންދުގައި ބަހައްޓަންޖެހޭ މީހެއްތޯ ކަނޑައަޅަންޖެހޭނީ އެ މީހެއްގެ ޙާލަތަށް ރިޢާޔަތްކޮށް، ކޮންމެ މީހެއްގެބައި ވަކިވަކިން ވަޒަން ކުރުމަށްފަހުކަމަށެވެ. މި މައްސަލއަ ގައި އިޢުތިޞާމް މުޙައްމަދު ސަޢީދު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރައްވާފައިވަނީ، މީނާގެ ފަރާތުން މުޖުތަމަޢަށް ނުރައްކަލެއް ކުރިމަތިވުމުގެ އިޙްތިމާލު އޮތުމުންނާއި، ކުށުގެ ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައިވާތީކަން އެ ކޯޓު އަމުރުން އެނގކަމަށ ދައުލަތުން ބުނެފައިވެއެވެ. އަދި އެ ނިންމުން މިހާރު ނިހާއީވެފައި ވާކަމަށެވެ.
51މި މައްސަލައިގައި މީނާ ބަންދުގައި ދިގުމުއްދަތެއް ހޭދަކޮށްފައިވާތީ، އެކަމަށް ރިޢާޔަތްކޮށް މީނާ ބަންދުން ދޫކޮށްދިނުމަށް އެދިފައިވީނަމަވެސް، މީނާ ބަންދުކުރި ޙާލަތު ފިލައިދިޔަކަމަށް ބަޔާން ކޮށްފައިނުވާތީ، މުޖުތަމަޢަށް އެ މީހެއްގެ ފުށުން ނުރައްކަލެއް އޮތްކަމަށް ބެލެވޭމީހަކު ބަންދުން ދޫކުރުމަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޢިރުފާން ތަޤިއްޔި މައްސަލައިގައިވާ އުޞޫލަ ތަންދޭކަމެއ ނޫންކަމަށް ކްރިމިނަލް ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައި ވާކަމުގައެވެ.
52އެހެންކަމުން، މި މައްސަލައިގެ ތުހުމަތުގައި އިޢުތިޞާމް މުޙައްމަދު ސަޢީދު ބަންދުގައި ބަހައްޓާފައިވަނީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާ ޚިލާފަށް ކަމުގައި ބެލެވޭނެ ޖާގައެއްނެތްކަމަށ ދައުލަތުން ދެކޭކަމަށެވެ.
ދެވަނަ، ތިންވަނަ އަދި ހަތަރުވަނަ އިސްތިއުނާފީ ނުކުތާ
53އިސްތިއުނާފީ ނުކުތާ 2، 3 އަދި 4 ގައި، އިސްތިއުނާފުކުރާ ފަރާތުގެ ހުށަހެޅުމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-B12/06 ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2026/SC-A/10 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ކަންކަމަށް، ކްރިމިނަލް ކޯޓުން އިސްތިއުނާފުކުރާ ފަރާތުގެ ބަންދު މުރާޖަޢާ ކުރެއްވުމުގައި ރިޢާޔަތް ކުރައްވާފައި ނުވާކަމުގައާއި، އޭގެސަބަބު ފަނޑިޔާރު ބަޔާނކުރައްވާފައް ނުވާކަމުގައެވެ.
54އިސްތިއުނާފު ކޮށްފައިވާ ނިންމުމަކީ، އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ކޯޓު އަމުރު މުރާޖޢަ ކޮށްދިނުމަށްއެދި ހުށަހަޅާ ފޯމާ ގުޅިގެން، އެ ކޯޓުން ނިންމެވި ނިންމެވުމެއް ކަމުގައެވެ. އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ބަންދު މުރާޖަޢާ ކޮށްދިނުމަށް މީނާ އެދިފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ)ގެ ދަށުންކަމަށެވެ. މި މައްސަލައާ ގުޅިގެން އިޢުތިޞާމް މުޙައްމަދު ސަޢީދު ދިގުމުއްދަތެއް ބަންދުގައި ހޭދަކޮށްފައިވާތީ، އެކަމުގެ ޙައްލެއްގެ ގޮތުން މީނާ ބަންދުން ދޫކުރުމަށް އަމުރު ކޮށްދެއްވުމަށް އިޢުތިޞާމް މުޙައްމަދު ސަޢީދު އެދިފައި ވާކަމަށެވެ.
55ޖިނއާ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ)ގައި ބަޔާންކުރާ ބަންދު މުރާޖަޢާ ކުރުމުގައި، ކޯޓުން ބަލަންޖެހޭނީ އެ މީހަކު ޝަރީޢަތް ނިމެންދެން ބަންދުކުރި ޙާލަތަށް ބަދަލެއް އައިސްފައިވޭތކަމަށް ދައުލަތުނޯ ބުނެފައި ވެއެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން އެކަން ވަޒަން ކުރެއްވުމުގައި، ޝަހީބް އިބްރާހީމް މައްސަލއާއަ ޢިރުފާން ތަޤިއްޔި މައްސަލައަށް ރިޢާޔަތްކޮށް، އިޢުތިޞާމް މުޙައްމަދު ސަޢީދު ބަންދުކުރުމަށް ނިންމާފައިވާ ޙާލަތްތަކަށް ބަދަލެއް އައިސްފައިވާކަމަށް ބެލެވެން ނެތްކަމަށް ކަޑައަޅުއްވާފައި ވާކަމަށެވެ.
56ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2026/HC-B12/06 ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގި ނަންބަރު A/10-6/SC202 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ކަންކަމުގެގޮތުގައި، އިޢުތިޞާމް މުޙައްމަދު ސަޢީދު ފާހަގަކުރާ ކަންކަމަކީ، ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ)އާ ޙަވާލާދީ ހުށަހަޅާ މައްސަލައެއްގައި ފަނޑިޔާރު އެ މައްސަލައެއްގެ ޙާލަތުތައް ވަޒަންކުރުމަށްފަހު ފަނޑިޔާރަށް ދެވިދާނެ ފަރުވާގެގޮތުގައި ބަޔާންކޮށްފައިވާ ކަންކަންކަ މަށް ދައުލަތުން ދެކޭކަމަށެވެ. އެފަރުވާ ދިނުމުގައިވެސް، ޢަމަލުކުރެވޭ ޤާނޫނުތަކާއި، ތުހުމަތުކުރެވޭ މައްސަލައިގެ ބާވަތަށާއި، މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލަންޖެހޭކަމަށެވެ.
57އިޢުތިޞާމް މުޙައްމަދު ސަޢީދު ހުށަހަޅާފައިވާ ބަންދު މުރާޖަޢާ ފޯމުގައިވެސް، އަދި މި އިސްތިއުނާފުގައިވެސް، ބަންދުން ދޫކުރުމުގެ ފަރުވާހޯދުމަށް މީނާ އެދިފައިވަނީ، ޤާނޫނުއަސާސީގެ 43 ވަނަ މާއްދާއާ ޙަވާލާދީ، އެ މާއްދާގެ ދަށުން ނޫންކަން ސާފުވާކަމަށެވ. އިސްތެ އުނާފު ކޮށްފައވި ނިންމުމަކީ ޢާއްމު އިޖުރާއަތުގެ ތެރެއިން ހުށަހެޅުނު ބަންދު މުރާޖަޢާގެ ތެރެއިން ނިންމި ނިންމުމއްކަމަށެވެ. ކްރިމިނަލެ ކޯޓުން މީނާ ބަންދުގައި ބެހެއްޓުމަށް ނިންމަވާފައިވަނީ، ބަންދު މުރާޖަޢާ ކުރުމުގައި ޢަމަލު ކުރަންޖެހޭ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަމަށެވެ.
58އެހެންކަމުން، އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ބަންދު މުރަޖާޢާކޮށް، މީނގާ ބަންދު ދެމެހެއްޓުމަށް ނިންމެވުމުގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-B12/06 ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2026/SC-A/10 ޤަޟިއްޔާގައިވާ ކަންކަމުގެ ތެރެއިން، މީނާ ޙަވާލާދީފައިވާ ކަންކަމަށް ކްރިމިނަލް ކޯޓުން ރިޢާޔަތް ކުރަންޖެހޭފަދަ ޙާލަތެއް، މި މައްސަލައިގައި ނެތްކަމަށް ދައުލަތުން ބުނެފައިވެއެވެ. ވީމާ، އެ ޤަޟިއްޔާތަކުގައިވާ ކަންކަމަށް ރިޢާޔަތްކޮށްފައިވާ ސަބަބުގެ ތަފުޞީލުތައް އެ ނިންމެވުމުގައި ހިމަނަންޖެހޭކަމަށް ދައުލަތުން ނުދެކޭކަމުގައެވެ.
59ބަހުސްގެ ބޭނުމަށް އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ފަރާތުނު ފަރުވާއަށް އެދުން ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ ދަށުންކަމަށް ބެލިނަމަވެސް، މީނާ ބަންދުން ދޫކުރުމުގެ ފަރުވާއަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި، ޓެރަރިޒަމް ޤާނޫނުގެ ދަށުންވެސް ދެވޭނފަރުވާއެއެ ނޫންކަމަށެވެ. ސަބަބަކީ އިޢުތިޞާމް މުޙައްމަދު ސަޢީދު ބަންދުކުރި ޙލަތަށާ ބަދަލެއް އައިސްފައި ނުވާތީކަމަށެވެ.
60އެހެންކަމުން، އިޢުތިޞާމް މުޙައްމަދު ސަޢީދު ބަންދުކުރި ޙާލަތަށް ބަދަލެއް ގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމަވާފައިވަނީ، ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ އެއްގޮތަށް ކަމުގައި ދައުލަތުން ދެކޭކަމަށެވެ.
61އިސްތިއުނާފުކުރާ ފަރާތުން ރައްދުގައި ދައްކާފައިވާ ވާހަކަތަކާ ގުޅިގެން ދައުލަތުން ފާހަގަކޮށްފައިވާ ކަންކަން
62މި މައްސަލައިގައި އިޢުތިޞާމް މުޙައްމަދު ސަޢީދުގެ މައްޗަށް ތުހުމަތުކުރެވެނީ ޓެރަރިޒަމް ޤާނޫނުގައި ބަޔާންކޮށްފައިވާ ކުށަކަށްކަމަށެވެ. މި ޙާލަތުގައި ބަންދު މުރާޖަޢާ ކުރުމަށް ހުށަހެޅުމަކީ ދައުލަތަށް ލިބިގެންވާ ޙައްޤެއްކަމަށް ބުނަނީ އަސާސެއްނެތި ނޫންކަމަށެވެ. އެގޮތުން ޓެރަރިޒަމް ޤާނޫނުގެ 26 ވަނަ މާއްދާގެ
(ގ)ގައި، ޙާލަތު ބަދަލުވުމުގެ ސަބަބުން ބަންދު މުރާޖަޢާ ކުރުމަށް ހުށަހެޅޭނީ ޕްރޮސިކިއުޓަރ ޖެނެރަލްއަށްކަމަށް ބުނެފައިވާކަމަށެވެ.
63ކްރިމިނަލް ކޯޓުގެ ނަންބަރު 2017)/SHB/2021/112-9(655B-145 "ކޯޓު އަމުރު" (23 ނޮވެމްބަރ 2021)އަށް ބަލާއިރު، ބަންދުގައި ބެހެއްޓުމަށް ނިންމެވީ ކޮންޤާނޫނެއްގައިވާ މާއްދާއެއްގެ މައްޗަށް ބިނާކޮށްކަން ސާފުނުވާކަމަށް ދައުލަތުން ބުނެފައިވެއެވެ. ބަންދުގައި ބަހައްޓަން ބޭނުންވާ ސަބަބުގެ ސުރުޚީގެ ދަށުން، ކޯޓު އަމުރުގައި، ދަޢުވާ ފޯމާއި އެކުގައިވާ ޖަދުވަލު 2 ގައިވާ ހެކިތަކާއި، ދަޢުވާލިބޭ ފަރާތުންވެސް ތުހުމަތެއް އުފެދޭވަރަށ ހެކް ހުރިކަމަށް ބުނެފައިވާތީއާއި، ކުށުގެ ތުހުމަތެއް އުފެދޭވަރަށް ހެކި ހުރިކަމަށް ކޯޓަށްވެސް ފެންނާތީ، ޖިނއާ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ)ގެ (1،) (3،) (4) އަދި (6) ވަނަ ނަންބަރުގައިވާ ކަންކަމަށް ރިޢާޔަތްކޮށް، މީނާގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ އޮތްކަމަށް ކޯޓަށް ފެންނާތީ، ބަންދުކޮށްފައިވާކަމަށް ބަޔާންކޮށްފައި ވާކަމުގައެވެ. ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާއަށް ރިޢާޔަތް ކުރައްވާފައިވަނީ، މީނާގެ ފުށުނި މުޖުތަމަޢުގެ ސަލާމތަށަ ނުރައްކާ އޮތްތޯ ނުވަތަ ނޫންތޯ ބެލުމަށްޓަކައި ބޭނުންކުރެވޭ ވޞަލަތެއްގެ ގޮތުގައިކަމަށް ދައުލަތުން ދެކޭކަމަށެވެ.
64މި މައްސަލައިގައި ބަންދު މުރާޖަޢާ ކުރުމަށް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ހުށަހެޅުމުން ދައުލަތުން އެކަމަށް އިޢުތިރާޟު ކޮށްފައިވާކަމަށެވެ. އެހެންނަމަވެސް، ކޯޓުން މިކަމަށް ހުއްދަ ދެއްވައި، ބަންދު މުރާޖަޢާ ކުރައްވާފައި ވާކަމަށެވެ.
65މައްސަލަ ލަސްވި ސަބަބާ ގުޅޭގޮތުން އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމެވުމުގައިވެސް، މައްސަލަ ލަސްވެފައިވަނީ ވަކިފަރާތެއްގެ ސަބަބުންކަމަށް ބެލެވެން ނެތްކަމަށް ކަނޑައަޅުއްވާފައި ވާކަމަށެވެ. އެކަން ޝަރީޢަތުގެ ސަމާލުކަމށަ ގެނައުމަށް އެދޭކަމަށެވެ.
66މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރުން ކޮށްފައިވާ ސުވާލާ ގުޅިގެން ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި އެވަނީއެވެ.
1.66. އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން ޝަރީޢަތުންކުރި ސުވާލުތަކަށް އިޢުތިޞާމް މުޙައްމަދު ސަޢީދު ގެ ފަރާތުން ދީފައިވާ ޖަވާބަށް ދައުލަތުން ރައްދު ދިނުމަށް ފުރުޞަތު އެރުވުނެވެ. މި މައްސަލައިގައި އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ޙާލަތު ތަފާތުވާގޮތަކާމެދ ކުރެވުނު ސުވާލާ ގުޅިގެން، މީނާއާއެކ އިތުރު ބަޔަކު ހައްޔަރު ކުރެވުނު ކަމަށާއި، ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިހުރި މަޢުލޫމާތާއި، މި މައްސަލައިގައި ދަށުކޯޓަށް ހުށަހެޅިފައިހުރި ލިޔެކިޔުންތަކަށް ޖުމްލަ ގޮތެއްގައި ބަލާއިރު، މި ޢމަލަ ރާވައި، ހިންގުމުގައި އިޢުތިޞާމް މުޙައްމަދު ސަޢީދު އިސްކޮށް އުޅުނުކަމަށް ބެލެވިފައިވާކަމަށެވެ.
2.66. މައްސަލައިގެ ޝަރީޢަތް ލަސްވުމުގެ ސަބަބުން، ނަތީޖާއެއްގެ ގޮތުން ބަންދުން ދޫވާންޖެހޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ގބޫލަ ކުރު ޤާނޫނީބިނާއަކީ ކޮބައިތޯ ޝަރީޢަތުންކުރި ސުވާލުގެ ޖަވާބާ ގުޅިގެން ދައުލަތަށް ފުރުޞަތު އަރުވާފައިވެއެވެ. އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާގޮތަށް، މައްސަލައެއް ދަށު ކޯޓު މަރުޙލާގައަ ނުވަތަ ކޯޓުގެ މަރުޙަލާ، ދިގުލައިގެން ދިޔުމުގެ ސަބަބުން، ބަންދުގައި ހުންނަމީހަކު ބަންދުން ދޫކުރަންޖެހޭކަމަށް ޤާނޫނު މާނަކުރާ ކަމަށްވާނަމަ އެއީވަރަށް ނުރައްކާތެރި ވާހަކައެއްކަމަށް ދައުލަތުން ދެކޭކަމަށެވެ. ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުކޮށްގެން ގެންގުޅެނީ، ޤާނޫނުގައި ބަޔާންކުރާގޮތަށް ވަކިޙލަތްތަކެއާ ފުރިހަމަ ވެގެންކަމަށެވެ. ވަކިކަންކަމެއް އެމީހެއްގެ ކިބައިގައާއި މައްސަލައިގައި ހުރިހެކިތަކުގައި ފުރިހަމަ ވެގެން ކަމަށެވެ. އެހެންވީމާ، މައްސަލައެއް ދިގުލައިގެން ދިއުމަކީ އޭގެޒާތުގައ ހަމައެކަނި އެކަމުގެ މައްޗަށް ރިޢާޔަތްކޮށް، މީހަކު ބަންދުން ދޫކުރެވޭނފަދޭ ޙލަތެއާ ނޫންކަމަށް ދައުލަތުނަ ދެކޭކަމަށެވެ. މިހާރު ހިނގަމުންދާ ގިނަދުވަސްވީ އެތައް މައްސަލައެއްގައިވެސް، ދިވެހިރާއްޖޭގެ ހައިކޯޓުންވެސް އަދި ސުޕްރީމް ކޯޓުންވެސް، މައްސަލަ އަލުންބަލަނ ކްރިމިނަލް ކޯޓަށް ތޙުވަ ލުކުރީ ޙާލަތުގައިވެސް، މީހުން ބަންދުގައި ދަމަހައްޓަން ނިންމާފައި ވާކަމަށެވެ. މިއީ ފެންނަންއޮތް ޙަޤީޤަތެއް ކަމަށެވެ.
3.66. ބަންދު މުރާޖޢަ ކުރުމުގައި ބަލާނެ މިންގަޑަކީ، އެގްޒޯސްޓިވް ލިސްޓެއް ނޫންކަމަށް އިސްތިއުނާފުކުރާ ފަރާތުން ވިދާޅުވިކަމަށާއި، މަތީމަރުޙަލާގެ ނިމުންތަކަށް ބަލާއިރު، އެކަމުގައި އެ ފްލެކްސިބިލިޓީ އެބައޮތްތޯ ޝަރީޢަތުން ސުވާލުކުރުމުން، ޖިނއާ އިޖުރާއަތުގެ ގވާއިދުގައަ މި ބަޔާންކުރާ ޙާލަތްތައްނޫން އެހެންކަންކަމަށްވެސ ރިޢާޔަތް ކުރެވިދާނެކަމަށް ދައުލަތުންވެސް ޤަބޫލުކުރާކަމަށް ޖަވާބު ދެއްވާފައިވެއެވެ. އިތުރު ކަންކަމަށްވެސް ރިޢާޔަތް ކުރެވިދާނެކަމަށެވެ. އެހެންނަމަވެސް، މީހަކު ބަންދުން ދޫކުރަން ނިންމާކަމަށްވާނަމަ، އކަނެ ވަޒަން ކުރަންޖެހޭނީ ޤާނޫނުގައި މިބުނާ ޙާލަތްތައް އެކުއެކީގައި އޭގެޒާތުގައި ވަޒަން ކުރެވިގެނކަމަށް ބުނެފައިވެއެވެ. ޤާނޫނާއި ގވާއިދުގައަ ބަޔާންކޮށްފައި މިހުރި ޙލަތްތަކަކާ ބަންދީ މުރާޖަޢާ ކުރާއިރު، މީހަކު ބަންދުގައި ބަހައްޓަންޖެހޭނެ ޙާލަތްތަކުގެ ގޮތުގައި ވަޒަންކުރަން މިހުރި ކަންކަމަކީ، މައިގަނޑު ކަންކަމުގެ ގޮތުގައި ބެލެވިދާނެ ކަމަށާއި، އޭގއިތުރަށްވެސެ އިތުރު ފެކްޓަރތަކެއް ހުރިނަމަ، އެއަށްރިޢާޔަތް ކުރުމަށް އޭގެޒާތުގައި ހުރަހެއް ނެތްކަމަށް ދައުލަތުން ބުނެފައިވެއެވެ. އެހެންނަމަވެސް ވަރަށް އޮބްވިއަސް، ނުވަތަ ބަންދުގައި ބަހައްޓަންޖެހޭ ޙާލަތު ފިލއަދިޔަކަން ފާޅުކަން ބޮޑުގޮތެއްގައި ފެންނަން ނެތިއްޔާނޫނެ، މީހަކު ބަންދުން މިނިވަން ކުރެވިދާނެ ކަމަކަށް ދައުލަތުން ނުދެކޭކަމަށް ޖަވާބު ދެއްވާފައިވެއެވެ.
4.66. މަތީމަރުޙަލާގެ ނިންމުންތަކަށް ބަލާއިރު، އިތުރު ފެކްޓަރސްތަކަށް ރިޢާޔަތްކުރަން ފުރުޞަތުދޭތޯ ޝަރީޢަތުން ސުވާލުކުރުމުން، އިތުރު ފެކްޓަރސްކަމަށް ބުނަނީ، ޖިނއާ އިޖުރާއަތުގެ ގަވާއިދގު 13 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތުގެ އިތުރުން، ޖިނއާ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާގައި، ވަރަށފުޅާކޮށް މާނަކުރެވޭގޮތަށް، މައްސަލައިގެ ވަށައިގެންހުރި ކަންކަމަށްވެސް ރިޢާޔަތް ކުރެވިދާނެކަމަށް ދެކޭކަމަށެވެ. މައްސަލައިގެ ހާދިސާ ހިނގގޮތަށި ފަނޑިޔާރް ރިޢާޔަތް ކުރަންވާނެކަމަށް 59 ވަނަ މާއްދާގައި ބުނެފައިވާކަމަށެވެ. އެގޮތުން، އެމީހަކު އެ ކުށެއްގައި ބައިވެރި ވެފައިވާގޮތފަދް ކަންކަމަކީ، ފަނޑިޔާރު ރިޢާޔަތް ކުރަންވާނެ ކަންކަންކަމުގައި ދައުލަތުން ދެކޭކަމަށެވެ. އެހެންވީމާ އެގްޒޯސްޓިވް ލިސްޓެއްގ ގޮތުގައެ ލިސްޓްކޮށްގެން، ހަމައެކަނި މިކަންކަމަށޭ އެގޮތަށް ދންނެ ވުމަކީ ވަރަށް އުނދަގެ ކަމެއްކަމަށް ދައުލަތުން ޖަވާބު ދެއްވާފައިވެއެވެ. ހަމައެކަނި ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގައި ބުނާކަންކަމަށް ރިޢާޔަތްކުރުމުގެ އިތުރަށް، 59 ވަނަ މާއްދާގެ ތެރެއިން އިތުރު ކަންކަމަށްވެސް ރިޢާޔަތް ކުރެވިދާނެކަމަށް ދައުލަތުން ދެކޭކަމަށެވެ.
5.66. ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)އާ ގުޅޭގޮތުން އިސްތިއުނާފުކުރާ ފަރާތާ ކުރެވުނު ސުވާލުތަކާ ގުޅިގެން ދައުލަތަށް ފުރުޞަތު އެރުވުމުން، އެކަންކަމަށް ޖަވާބު ދެވިފައިވާކަމަށް ދެކޭކަމަށް ދައުލަތުން ބުނެފައިވެއެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް
67އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ ތިރީގައިވާގޮތަށެވެ. "ކްރިމިނަލް ކޯޓުގް ނަންބަރު B11/AM/2026/01-145 ބަންދު މުރާޖަޢާކޮށް ނިންމި ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅުއްވައި ނިންމަވައިދެއްވުން އެދެމެވެ." ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް
68HN11މި މައްސަލައިގެ އަޑުއެހުންތައް 27 އޭޕްރިލް 2025 ދުވަހު ނިމުނުކަމަށް ޝަރީޢަތުގައި އިޢުލާނުކުރިފަހުން، އިސްތިއުނާފުކުރާ ފަރާތުން 30 އޭޕްރިލް 2026 ދުވަހުގެ ތާރީޚުގައި ފޮނުއްވި ސިޓީއެއްގެ ޒަރިއްޔާއިން އިތުރު ކަންކަމަށް ރިޢާޔަތް ކޮށްދިނުމަށް އެދިފައިވެއެވެ. އެ ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމަކީ 27 އޭޕްރިލް 2026 ދުވަހުގެ އަޑުއެހުމުގައި ދެކެވިފައިވާ ވާހަކަތަކަށް ވުމުގެއިތުރުން، މި މައްސަލައިގެ ތާރީޚާއި ކަންހިނގާފައިވާ ގޮތްކަމަށް އިސްތިއުނާފުކުރާ ފަރާތުންދެކޭ 03 މާރޗް 2026 ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2550 އެންޓްރީ ސިޓީ. ކަން ކަން ކަމަށްވެފައި، އެއީ މި އިސްތިއުނާފީ މައްސަލައިގައިވާ ޤާނޫނީ ބަހުސެއް ގުޅުންހުރި ކަންކަމަށްނުވާތީ، އެ ސިޓީގައިވާ ކަންކަމަށް މި ނިންމުމަށް ވާސިލުވުމުގައި ރިޢާޔަތްކޮށްފައި ނުވާނެއެވެ.
69މި މައްސަލައިގައި ދެފަރާތުގެ ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށް، ބަހުސެއްނެތް ބައެއްކަންކަން ތިރީގައި ބަޔާންކުރަމެވެ.
1.69. އިޢުތިޞާމް މުޙައްމަދު ސަޢީދގު ފަރާތުން އިސްތިއުނާފު ކޮށްފައިވަނީ، މީނާގެ މައްޗަށް ތުހުމަތުކުރެވޭ، 2017 ވަނަ އަހަރުގެ ހާދިސާއާގޅޭ މައްސަލުކަން.
2.69. އިސްތިއުނާފުކުރާ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމެވި، ކްރިމިނަލް ކޯޓުގެ ނަންބަރު 112/2017)/SHB/2021-B9(655-145 "ކޯޓު އަމުރު" (23 ނޮވެމްބަރ 2021) އިސްތިއުނާފު ކޮށްފައި ނުވާކަމާއި، އެ އަމުރު ނިހާއީ ވެފައިވާކަން.
3.69. އިސްތިއުނާފު ފޯމުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2026/SC-A/10 ޤަޟިއްޔާ ގެ 20 ވަނަ ޕެރެގްރާފަށް ޙަވާލާދެއްވާފައިވާއިރު، އެ ޕެރެގްރާފއަކީ ޤާނޫނއަސާސީގު 143 ވަނަ މާއްދާގެ (ރ)ގެ ދަށުން، މައްސަލައިގެ ރޭޝިއޯގެ ތެރޭގައި ހިމެނޭ ކަމަކަށްނުވާތީ، އެކަންކަމަކީ ބަންދާމެދު ގޮތެއްނިންމުމުގައި ޤާނޫނީގޮތުން ޢަމަލުކުރުން ލާޒިމކަމެއު ނޫންކަން.
4.69. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2026/SC-A/10 ޤަޟިއްޔާގެ 20 ވަނަ ޕެރެގްރާފުގައި، އިޢުތިޞާމް މުޙައްމަދު ސަޢީދު ބަންދުން ދޫކޮށްލުމަށް އަންގަވާފައިވާ ޢިބާރާތެއް ނެތްކަން.
70މި މައްސަލައިގައި ޝަރީޢަތުގެ ކުރިމަތީގައިވާ ސުވާލުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
1.70. ދަށުކޯޓުން ބަންދު މުރާޖަޢާކޮށް ނިންމެވުމުގައި ޢަމަލު ކުރައްވާފައިވަނީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާ ޚިލާފަށްތޯ؟
2.70. އިސްތިއުނާފު ކޮށްފައިވާ ކްރިމިނަލް ކޯޓުގެ ނިންމެވުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2026/SC-A/10 ޤަޟިއްޔާ ގެ 20 ވަނަ ޕެރެގްރާފއު ޚިލާފު ނިންމެވުމެއްތޯ؟
3.70. ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ޝަރީޢަތް ލަސްވުމުގެ ނަތީޖާއެއްގެގޮތުން ބަންދުން ދޫކޮށްލެވިދާނެތޯ؟ ބަންދާގުޅޭ ޤާނޫނީ އުޞޫލުތައް
71HN1ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި، އެ މީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރިމީހަކަށ ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށްޓަކައި، ނުވަތަ ކޯޓަށް ޙާޟިރުނުވެދާނެ ކަމަށްޓަކައި، ނުވަތަ ފިލައިފާނެ ކަމަށްޓަކައި، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖތަމަޢުގު ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި މެނުވީ، އެއްވެސް މީހެއް ޝރީޢަތުނަ ޙުކުމްކުރުމުގެ ކުރިން، ބަންދުގައި ބަހައްޓައި ގެން ނުވާނެކަމަށާއި، ބަންދުން ދޫކޮށްލާ ހިނދު، ކަފާލާތުގެ އުޞޫލުން ނުވަތަ ކޯޓުން ބޭނުންވާ ގޮތެއްގެމަތިން ކޯޓަށް ޙާޟިރުވާނޭކަން ކަށަވަރުކުރުމަށް ކަނޑައަޅާ އެހެން ޝަރުޠުތަކެއް ކަނޑައެޅިދާނެކަމަށް ބުނެފައިވެއެވެ. މިއީ، މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށާގުޅޭ ޝަރީޢަތްނިމި، ޙުކުމް ކުރުމުގެކުރިން، ބަންދުގައި މީހުން ބެހެއްޓުމާ ގުޅޭގޮތުން ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ ޢާއްމު އުޞޫލެވެ.
72ކުށެއްގެ ތުހުމަތުގައިވާ މީހކަ ބަންދުގައި ބެހެއްޓުމާ ގުޅޭގޮތުން ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގައިވާ އުޞޫލުތައް ތަޠުބީޤު ކުރާނެގޮތް ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް މައްސަލައިގައެވެ. އެގޮތުން، މީހަކު ބަންދުގައި ބެހެއްޓުމުގައި ބަލަންޖެހޭ ހެކީގެ މިންގަނޑަކީ، ކުށްކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކިހުރިތޯ ނުވަތަ ނެތްތޯކަމަށާއި، ތުހުމަތުކުރެވޭ މިންވަރަށް ހެކިހުރުމާއެކު ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ޙާލަތުންކުރެ ޙާލަތެއް ވުޖޫދުވާކަމަށް ފަނޑިޔާރަށް ބުރަވެވިއްޖެނަމަ، އެ މީހަކު ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު އަމުރު ކުރަންވާނެކަމަށް އެ މައްސަލައިގައި ކަނޑައަޅުއްވާފައިވެއެވެ.
73HN2ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ގެ ޢިރުފާން ތަޤިއްޔު މައްސަލައިގައި ކަނޑައަޅުއްވާފައިވާ ބައެއް ޤާނޫނީ އުޞޫލުތައް ތިރީގައި ޚުލާޞާކުރަމެވެ.
1.73. ބަންދު މުރާޖަޢާ ކުރުމުގެ މަޤުޞަދަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތުމުގެ ސަބަބުން ބަންދުގައި ބަހައްޓާފައިވާ މީހުން މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލުން ނޫންކަމަށާއި، އަދި ޝަރީޢަތް ނިމެންދެން ބަންދުގައިތިބޭ މިހުންގެ ޙައްޤުތައް ޙިމާޔަތް ކުރެވޭނެގޮތަކަށް ދެ ފަރާތުގެ ޙައްޤުތައި ކޮންމެ މައްސަލައެއްގައި މީޒާންކޮށް ހަމަކުރަން ޖެހޭއިރު، ފަނޑިޔާރުން އެކަންކުރަންވާނީ ވަށައިގެންވާ ޙާލަތްތަކާއި ޙަޤީޤަތުގެ މައްޗަށް ބިނާކޮށަ ކަން.
2.73. ބަންދު މުރާޖަޢާ ކުރުމުގެ ބޭނުމަކީ ޝަރީޢަތް ދިގުލައިގެން ނުދާނެ އުޞޫލެއް ޤާއިމުކުރުން ކަމުގައި ވީނަމަވެސް، އެ މީހެއްގެ ފުށުން ނުރައްކަލެއް ކޮށްފާނެ މީހަކު ދޫކުރުމަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއިން ދައްކާމަގު ނޫންކަން.
3.73. ބަންދު މުރާޖަޢާ ކުރަންވާނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއާއި ޝަހީބް އިބްރާހީމް މައްސަލއިގަ ޙުކުމުގައި ބަޔާންކޮށްފައިވާ ތަރަހައިގެ ތެރެއިންކަމއާ، އެ ތަރަހައިގެ ބޭރުން، މީހެއްގެ މައްޗަށް ދަޢުވާކުރެވި ހިނގަމުންދާ އަސްލު މައްސަލައިގެ ޝަރީޢަތުގައި ހުށަހެޅޭހެކިތަކުން ހާމަވާކަންކަމަށ ރިޢާޔަތް ކޮށްގެން ނުވާނެކަން. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/93 ޤަޟިއްޔާ ގެ 17 އިން 22 ވަނަ ނުކުތާ.
4.73. މައުޟޫޢީ މައްސަލައިގައި ޙުކުމް ކުރުމުގެކުރިނ ދަށުކޯޓުން ވަކިވަކި ހެކިތައް ވަޒަންކުރުމުން، އިސްތިއުނާފީ ކޯޓުގައި އެ މައްޗަށް ބަހުސްކުރެވި ގޮތްނިންމާނަމަ، އަސްލު މައްސަލައިގެ މުއާލާތް ކެނޑި، މުޅި ޝަރީޢަތުގެ މަރުހަލާ ފަސާދަވެ، ތަޣައްޔަރު ވާނެކަން.
5.73. ބަންދުގައި ގިނަދުވަސް ހޭދަވުމަކީ ނުވަތަ ބަލިޙާލަތަށް ރިޢާޔަތްކޮށް، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ގޮތުގެމަތިން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތްމީހަކު ދޫކޮށްލުމަކީ ކުރެވޭނެކަމެއް ނޫންކަން.
74HN3ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ބިޝާރު އިސްމާޢީލް (2024/SC-A/19) (މީގެފަހުން "ބިޝާރު އިސްމާޢީލް މައްސަލަ"ކަމަށް ބުނެފައިވާ) ޤަޟިއްޔާގައި، ބަންދުގައި ބެހެއްޓި ޙާލަތު ބަދަލުވުން ވަޒަންކުރުމުގައި ރިޢާޔަތް ކުރަންޖެހޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ކަންތައްތައް ފުރިހަމަވެފައިވާ މިންވަރަށްކަމަށާއި، އެގޮތުން، ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، މުއްތަހަމު މުޖުތަމަޢުގެ ތެރެއަށް ދޫކޮށްފިނަމަ އޭނާގފުށުނެ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއްއޮތތް ބަލަންޖެހޭނެކަމަށް ކަނޑައަޅުއްވާފައިވެއެވެ. އަދި ބަންދާމެދު ގޮތެއްނިންމުމުގެ އާޚިރު ޓެސްޓަކީ މުއްތަހަމްގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް، ހެކި ހުރިތޯ ނުވަތަ ނޫންތޯ ބެލުންކަމަށް ބުނެފައިވެއެވެ. އެގޮތުން ބަލާނީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ޙާލަތެއް ވުޖޫދުވުން އެފަދަ ސަބަބެއް ވުޖޫދު ނުވުމަށްވުރެ ގާތްވުންބޮޑުކަމުގެ މައްޗަށް ކަމަށާއި، އަދި އެ ޙާލަތުގައި ރިޢާޔަތް ކުރަންޖެހޭނީ، ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާއަށްކަމަށާއި، އެއީ ބަންދުގައި ބެހެއްޓުމުގެ އިތުރުން، ބަންދު މުރާޖަޢާކުރާ ޙާލަތާއި އިސްތިއުނާފީ މަރުޙަލާގައިވެސް ޢަމަލުކުރަންޖެހޭ މިންގަނޑުކަމަށް، އެ ޤަޟިއްޔާގައި ބަޔާން ކޮށްފައިވެއެވެ.
75ބުނެވިދިޔަ ޤަޟިއްޔާތަކުގެ އަލީގައި، ޝަރީޢަތުގެ ކުރީގެ މަރުޙަލާގައި ގޮތްނިންމުމުގައި ތަޠުބީޤު ކުރަންޖެހޭ ބައެއް ޤާނޫނީ އުޞޫލުތައް ތިރީގައި ޚުލާޞާކުރަމެވެ.
1.75. ޝަރީޢަތުގެ ކުރީގެ މަރުޙަލާއަކީ ހެއްކާމެދު ބަހުސްކޮށް ހެކީގެ ދުސްތޫރިއްޔަތާމެދު ގޮތްނިންމާ މަރުޙަލާއެއްނޫންކަން.
2.75. ޝަރީޢަތުގެ ކުރީގެ މަރުޙަލާގައި ވަކިބާވަތެއްގެ ހެއްކެއް ނުވަތަ ވަކިޢަދަދަކަށް ހެކިހުށަހެޅުން ލާޒިމުނުވާކަން.
3.75. މުއްތަހަމުގެ ޙައްޤުތަކާ އެކުއެކީގައި މުޖުތަމަޢުގެ ޙައްޤުވެސް ވަޒަންކުރަން ޖެހޭނެކަން.
4.75. ޝަރީޢަތުގެ ކުރީގެ މަރުޙަލާތަކުގެ ނިންމުންތަކަކީ މަތިމަތިން އަދި ޕްރައިމާ ފޭޝީ މިންގަނޑުން ނިންމާ ނިންމުމެއްކަން.
5.75. ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ ނިންމުން ތަކަކީ، ކޮންމެ މައްސަލައެއްގެ ޙާލަތަށް ވަކިވަކިން ރިޢާޔަތްކޮށް، ލިބިފައިވާ ހެކީގެމައޗަށް އިޖުމާލީ ގޮތެއްގައިބަލާ، ފަނޑިޔާރުގެ އިޚްތިޔާރީ ނިންމުމެއްކަން. ދަށުކޯޓުން ބަންދު މުރާޖަޢާކޮށް ނިންމެވުމުގައި ޢަމަލު ކުރައްވާފައިވަނީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާ ޚިލާފަށްތޯ؟
76އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ފަރާތުން ހުށަހަޅާފައިވާ މައިގަނޑު ޝަކުވާއަކީ، މީނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ހާދިސާގައި ހައްޔަރުކުރި އެހެންމީހުން ބަންދުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/19 ޤަޟިއްޔާ ގެ 10 ވަނަ ނުކުތާ. ދޫކޮށްލާފައިވާއިރު، މީނާ ބަންދުގައި ބެހެއްޓުމަށް ނިންމަވާފައިވަނީ، ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި، ޤާނޫނުގެ ކުރިމަތީގައި، އަދި އެ މީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީވެސް ހަމަހަމަވެގެންވާ މީހެއްކަމަށް ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށްކަމަށެވެ. އަދި މީނާއާމެދު ތަފާތުކޮށް ޢަމަލުކޮށްފައިވާ ސަބަބެއް، އިސްތިއުނާފު ކޮށްފައިވާ ނިންމުމުގައި ބަޔާންކޮށްފައި ނުވާކަމަށެވެ. މިކަމާގުޅޭގޮތުން ދައުލަތުގެ ރައްދަކީ، ކްރިމިނަލް ކޯޓުން އިސްތިއުނާފުކުރާ ފަރާތުގެ ބަންދާމެދު ގޮތެއްކަނޑައެޅުމުގައި ރިޢާޔަތް ކުރައްވާފައިވަނީ ޝަހީބް އިބްރާހީމް މައްސަލއާއަ ޢރުފާނި ތަޤިއްޔު މައްސަލައިގައި ކަނޑައަޅާފައިވާ އުޞޫލުތަކަށް ކަމަށްވެފައި، ބަންދު މުރާޖަޢާ ކުރުމުގައި އެ އުޞޫލުތަކަށް ކްރިމިނަލް ކޯޓުން ރިޢާޔަތް ކުރައްވާފައިވަނީ ރަނގަޅަށްކަމަށެވެ.
77HN10މި ނިންމުމުގެ 45.5 އާއި 50 އަދި 69.2 ވަނަ ނުކުތގައާ ބަޔާންކޮށްފައިވާ ކަންކަމަށް ބެލުމުން، އިޢުތިޞާމް މުޙައްމަދު ސަޢީދު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނިންމެވި އަމުރު އިސްތިއުނާފު ކޮށްފައިނުވާތީ، އެ އަމުރުގައި މީނާ ބަންދުގައި ބެހެއްޓުމަށް ނިންމެވިގޮތް އަލުންހުޅުވައި، އެ ސަބަބުތަކުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިތުރަށް އަލުންބަހުސް ކުރެވޭނެކަމކަށަ ނުދެކެމެވެ. އަދި މި ޙާލަތުގައި ބަހުސްގެ ދާއިރާ ގައިދުކުރެވިގެންވަނ، އިޢުތިޞާމް މުޙައްމަދު ސަޢީދީ ބަންދު މުރާޖަޢާ ކުރުމުގެ ކަންކަމާ ގުޅޭގޮތުންކަމަށް ދެކެމެވެ.
78އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ހުށަހެޅުންތަކަށް ބަލާއިރު، އިސްތިއުނާފީ ނުކުތާގެ ތަފުޞީލުގައި ބަޔާންކޮށްފައިވަނީ، މީނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި ދަޢުވާލިބޭ އެންމެންގެ މައްޗަށްހުރީ އެއްހެކިތަކެއް ކަމަށްވާއިރު، އަދި އެހެންމީހުނ ބަންދުން ދޫކޮށްލާފައިވާއިރު، މީނާ ބަންދުގައި ބަހައްޓާފައިވަނީ ތަފާތުކުރުމުގެ ތެރެއިންކަމަށެވެ. އަދި މިގޮތަށް ކަންކުރެވޭނެކަމަށް ނުދެކޭކަމަށެވެ.
79މި ނިންމުމުގެ ނުކުތާ 71 އިން 75 އަށް ބަޔާންކޮށްފައިވާ ޤާނޫނީ އުޞޫލުތަކުގެ އަލީގައި، ބަންދު މުރާޖަޢާ ކުރުމުގައި ބަލަންޖެހެނީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ޙާލަތްތަކުންކުރެ ޙާލަތެއް ވުޖޫދުގައިވޭތޯއެވެ. އެކަން ވަޒަންކުރުމުގައި، ޝަހީބު އިބްރާހީމް މައްސަލއާއަ ޢިރުފާން ތަޤިއްޔު މައްސަލއާއަ ބިޝާރު އިސްމާޢީލް މައްސަލއިގައިވަ އުޞޫލުތަކަށް ބާލާއިރު، އިޢުތިޞާމް މުޙައްމަދު ސަޢީދުގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކުރިކަމަށް ތުހުމަތުކރު ވެ މިންވަރަށް ހެކިހުރިކަމަށާއި، މީނާގެ ފުށުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް، މީނާގެ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމެވި، ކްރިމިނަލް ކޯޓުގެ ނަންބަރު 2017)/SHB/2021/112-B9(655-145 "ކޯޓު އަމުރު" (23 ނޮވެމްބަރ 2021) ގައި ކަނޑައަޅުއްވާފައިވެއެވެ. މި ޙާލަތު ބަދަލުވެފައި ވާގޮތްކަމަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ސަބަބަކީ، މައްސަލައިގައިހިމެނޭ އެހެންމީހުން ބަންދުން ދޫކޮށްލާފއިވުމެވެ.
80HN4މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށް ބަލާއިރު، ގިނަބައެއްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އެއްބަޔަކު ބަންދުން ދޫކޮށްލުމަކީ ދެންތިބި މީހުންގެ ބަންދުގެ ޙާލަތު ބަދަލުވެދާފަދަ ސަބަބެއްނޫނެވެ. މީގެއިތުރުން، ޢިރުފާން ތަޤިއްޔު މައްސަލައިގެ 23 އަދި 26 ވަނަ ނުކުތާއަށް ނަޒަރުކުރުމުން، ބަންދު މުރާޖަޢާ ކުރުމުގައި ބަލަންޖެހޭނީ، އެ މީހަކު ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނިންމާފައިވާ ޙާލަތަށް ބަދަލެއް އައިސްފައިވާކަން ނުވަތަ ނޫންކަމުގެ މައްޗަށްކަން އެނގެއެވެ. އަދި ކޮންމެ މީހަކާމެދު ގޮތްނިންމަންޖެހެނީ އެ މީހެއްގެ ޙާލަތަށް ރިޢާޔަތްކޮށެވެ.
81އިސްތިއުނާފުކުރާ ފަރާތުގެ ފުރަތަމަ ނުކުތާއާގުޅޭ ހުށަހެޅުމުގައި، މައްސަލައިގައި ކަންހިނގާފައިވާގޮތަށް ޙަވާލާދީ، އިޢުތިޞާމް މުޙައްމަދު ސަޢީދުގެ މައްޗަށް ހުށަހަޅާފައިވާ ހެއްކާއި، މީނާގެ މައްޗަށް ތުހުމަތުކޮށް ދަޢުވާކޮށްފައިވާ ހާދިސާގައި ދަޢުވާލިބޭ އެހެން މީހުން ބަންދުން ދޫކޮށްލާފައިވާއިރު، އެ މީހުންގެ މައްޗަށްހުރި ހެކިތަކުގައި މނާއާއީ ތަފާތެއް ނެތްކަމުގެ ބަހުސް ހުށަހަޅާފައިވެއެވެ. ޢިރުފނާ ތަޤިއްޔު މައްސަލއިގައަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައެޅި ޤާނޫނީ އުޞޫލަކީ، ބަންދު މުރާޖަޢާ ކުރުމުގައި، މައްސަލަ ކުރިއަށް ދިޔުމުގައި ހެކިނިއުޅޭގޮތަށ ނުވަތް ހުށަހަޅާފައިވަ ހެއްކަށް، ބަންދާމެދު ގޮތެއްނިންމުމުގައި ރިޢާޔަތްކޮށްގެން ނުވާނެކަ މުގައެވެ.
82HN5ބަންދާމެދު ގޮތްނިންމަންޖެހެނީ މައްސަލައިގެ ވަށައިގެންވާ ކަންކަމާއި، ކޮންމެ މީހެއްގެ ޙާލަތަށް ވަކިން ރިޢާޔަތްކޮށްގެން ކަމަށްވާއިރު، މި މައްސަލައިގައި އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ބަންދުގެ ޙާލަތު ބަދަލުވެ، މީނާ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމެވިއިރު، މީނާގެ ކިބައިން މުޖުތަމަޢުގެ ސަލާމަތަށްއޮތް ނުރައްކާ ފިލައިދިޔަގޮތް ސާފުވާފަދަ އެއްވެސް ހުށަހެޅުމެއްނެތެވެ. މީގެއިތުރުން، އިޢުތިޞާމް މުޙައްމަދު ސަޢީދުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި ހިމެނޭ އެހެންބަޔަކު ދޫކޮށްލުމަކީ މީނާ ދޫކޮށްލަންޖެހޭ ސަބަބެއްކަމަށް ބަލަންޖެހޭ ޤާނޫނީ އުޞޫލެއް މީނާގެ ފުށުން ސާފުކޮށްދީފައިނުވުމުން، މި ޙާލަތުގައި ކްރިމިނަލް ކޯޓުގެ ނިންމެވުމަކީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާ ޚިލާފު ނިންމެވުމެއްކަމަށް ބަލަންޖެހޭ ޤާނޫނީ ސަބަބެއްނެތެވެ. އަދި އިސްތިއުނާފު ކޮށްފައިވާ ކްރިމިނަލް ކޯޓުގެ ނިންމުމުގައި، ބަންދު މުރާޖަޢާ ކުރުމުގައި ރިޢާޔަތްކުރަންޖެހޭ ޤާނޫނީ އުޞޫލުތަކަށް ޙަވާލާދެއްވައި ގޮތްނިންމަވާފައިވުމުން، އެ ނިންމެވުމަށް ފަނޑިޔާރު ވާސިލުވި ސަބަބު ބަޔާންކުރައްވާފައި ވާކަމަށްދެކެމެވެ. އިސްތިއުނާފު ކޮށްފައިވާ ކްރިމިނަލް ކޯޓުގެ ނިންމެވުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު -2026/SC A/10 ޤަޟިއްޔާގެ 20 ވަނަ ޕެރެގްރާފއު ޚިލާފު ނިންމެވުމެއްތޯ؟
83އިޢުތިޞާމް މުޙައްމަދު ސަޢީދުގެ އިސްތިއުނފުގައިވާ އިތުރު ހުށަހެޅުންތަކަށް ބަލާއިރު، މީނާގެ މައިގަނޑު ޝަކުވާއަކީ، މީނާ ބަންދުގައި ހޭދަކޮށްފައިވާ މުއްދަތު ގިނަވެފައި، ސުޕްރީމް ކޯޓުގެ ނަންބަރު -2026/SC A/10 ޤަޟިއްޔގާ 20 ވަނަ ޕެރެގްރާފުގައި ފާހަގަކޮށްފައިވާ ކަންކަމަށް ކްރިމިނަލް ކޯޓުން ރިޢާޔަތް ކުރައްވާފައިނުވާކަމެވެ. އެކަން އިތުރަށް ތަފުޞީލު ކުރަމުން، އެ ޕެރެގްރާފަށް ރިޢާޔަތްކުރުމުން، އިސްތިއުނާފުކުރާ ފަރާތް ބަންދުގައި ގިނަދުވަސްތަކެއް ހޭދަކޮށްފައިވުމުން، މީނާ ބަންދުން ދޫކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމަވާފައިނުވާ ސަބަބަކީ، ސުޕްރީމް ކޯޓުގެ ނަންބަރު -2026/SC A/10 ޤަޟިއްޔާއަކީ ބަންދާ ގުޅޭގޮތުން ހުށަހަޅާފައިވާ ޤަޟިއްޔާއަކަށް ނުވންކަމަށ މީން ބުނެފައިވެއެވެ. އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2026/SC-A/10 ޤަޟިއްޔާގެ 20 ވަނަ ޕެރެގްރާފުގައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ ޙާލަތަށް ރިޢާޔަތްކޮށް ބަންދުން ދޫކޮށްލުމުގެ އުޞޫލުކަމަށް އިސްތިއުނާފުކުރާ ފަރާތަށް ތަރުޖަމާ ކުރެވޭކަމަށް ވެސް ބުނެފައިވެއެވެ.
84އިސްތިއުނާފުކުރާ ފަރާތުގެ ހުށަހެޅުމާ ގުޅިގެން ދައުލަތުގެ ރައްދުގެ ޚުލާޞާއަކީ، އިޢުތިޞާމް މުޙައްމަދު ސަޢީދު ބަންދުގައި ބެހެއްޓުމަށް ނިންމެވުމުގައި ކްރިމިނަލް ކޯޓުން ރިޢާޔަތް ކުރައްވާފައިވާ ޤާނޫނީ އުޞޫލުތަކަކީ، ބަންދު މުރާޖަޢާކުރުމުގައި ތަޠުބީޤު ކުރަންޖެހޭ ޤާނޫނީ އުޞޫލުތައްކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2026/SC-A/10 ޤަޟިއްޔާގައި އިޢުތިޞާމް މުޙައްމަދު ސަޢީދު ހުށަހަޅާފައިވފަދައިނާ އެސަބަބުތަކަށް ބިނާކޮށް މީނާ ބަންދުން ދޫކުރުމަށް ނިންމަވާފައި ނުވާކަމުގައެވެ.
85HN6މި ނިންމުމުގެ ނުކުތާ 34، 63، 45.10 އަދި 69.4 ގައި ބަޔާންކޮށްފައިވާ ކަންކަމަށް ބެލުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2026/SC-A/10 ޤަޟިއްޔާގެ 20 ވަނަ ޕެރެގްރާފުގައި، އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ޝަރީޢަތް ލަސްވުމާގުޅޭގޮތުން ފާހަގަކޮށްފައިވާ ކަންކަމަކީ، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)ގެ ދަށުން، ދަށުކޯޓުން ޢަމަލުކުރުން ލާޒިމުކަންކަން ނޫންކަމަށް، ޚުދު އިސްތިއުނާފުކުރާ ފަރާތުންވެސް އިގުރާރު ވެފައިވެއެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2026/SC-A/10 ޤަޟިއްޔާގެ 20 ވަނަ ޕެރެގްރާފްގައި، އިޢުތިޞާމް މުޙައްމަދު ސަޢީދު ބަންދުން ދޫކޮށްލުމަށް އަންގަވާފައި ނުވާކަމަށްވެސް އިސްތިއުނާފުކުރާ ފަރާތުން އިގުރާރު ވެފައިވެއެވެ.
86HN7ކްރިމިނަލް ކޯޓުން އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ބަންދާމެދު ގޮތެއްނިންމެވުމުގައި ރިޢާޔަތް ކުރައްވާފައިވަނީ ޝަހީބް އިބްރާހީމް މައްސަލއާއަ ޢިރުފާން ތަޤިއްޔު މައްސަލއަ ގައި ބަންދު މުރާޖަޢާ ކުރުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތަކަށް ކަން އެނގޭއިރު، ޢިރުފާން ތަޤިއްޔު މައްސަލއިގަ 27 ވަނަ ނުކުތާގައި، ބަންދުގައި ގިނަދުވަސް ހޭދަވި ނަމަވެސް، މުޖުތަމަޢުއަށް އެމީހެއްގެފުށުނ ނުރައްކަލެއް ކޮށްފާނެ މީހަކު ދޫކުރުމަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއިން ދައްކާ މަގުނޫންކަމަށް ބަޔާންކޮށްފައިވެއެވެ.
87ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2026/SC-A/10 ޤަޟިއްޔާގެ 20 ވަނަ ޕެރެގްރާފުގައި، އިޢުތިޞާމް މުޙައްމަދު ސަޢީދު ބަންދުން ދޫކޮށްލުމަށް އަންގަވާފައނުވެއެވެ. އެއީ އިސްތިއުނާފުކުރާ ފަރާތުންކުރާ ދޭހައެއްކަމަށް ބުނަމުންދާއިރު، އެކަމުގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުން ނުވަތަ މަތީ މަރުޙަލާގެ ނިންމުމުން ބާރުދޭ ހުއްޖަތެއް ހުށަހަޅާފައިނުވެއެވެ. އެއާޚިލާފަށް، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުޞލަށޫ ރިޢާޔަތްކުރުމުން، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުވަފާނެ މީހަކު، އެ މީހެއްގެ ޝަރީޢަތްކޮށް، ގޮތްކަނޑައެޅުމުގެ ކުރިން ބަންދުގައި ބެހެއްޓިދާނެކން އެނގެއެވެ.
88އިސްތިއުނާފުކުރާ ފަރާތުގެ ހުށަހެޅުމުގައި އަސާސީ ޙައްޤުގެ ބާބުގައިވާ ކަންކަން އެކުއެކީގައި ކިޔަންޖެހޭކަމަށް ބުނެފައިވާއިރު، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ ހިމެނެނީ އަސާސީ ޙައްޤތަކާއު މިނިވަންކަމގު ބާބުގއަ ކަމަށްވެފައި، މީނާ ބަންދުކުރުމުގެ ޙުއްޖަތަކަށްވާ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަކީ، އިޢުތިޞާމް މުޙައްމަދު ސަޢީދު މިނިވަންކުރުމަށް ހުށަހަޅާ ބަހުސްގައިވާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ)އާ އެއްހަމައެއްގައިވާ މާއްދާއެކެވެ.
89މި ޙާލަތުގައި، އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށްއޮތް ނުރައްކާ ފިލައިދިޔަގޮތެއް އަދި ޙާލަތު ބަދަލުވިގޮތެއް އެނގެންނެތްއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2026/SC-A/10 ޤަޟިއްޔާގެ 20 ވަނަ ޕެރެގްރާފުގައި އިސްތިއުނާފުކުރާ ފަރާތަށް ދޭހަކުރެވޭ ނުވަތަ އުންމީދުކުރެވޭ ތަރުޖަމާއެއްގެ މައްޗަށް ބިނާކޮށް، މީނާ ބަންދުން ދޫކޮށްލުމަކީ ޢިރުފާން ތަޤިއްޔު މައްސަލައިގައި ބަންދު މުރާޖަޢާކުރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުޞޫލާ ޚިލާފުވާނެ ނިންމުމެއްކަމަށް ދެކެމެވެ. އެހެންކަމުން، ކްރިމިނަލް ކޯޓުން އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ބަންދު މުރާޖަޢާ ކުރުމަށްފަހު، މީނާ ބަންދުގައި ބެހެއްޓުމަށް ނިންމެވުމުގައި، ސުޕްރީމް ކޯޓުގެ ނަންބަރު 2026/SC-A/10 ޤަޟިއްޔގާ 20 ވަނަ ޕެރެގްރާފަށް ރިޢާޔަތްކޮށް، ގޮތެއްނިންމަވަންޖެހޭ ޤާނޫނީ ސަބަބެއްނެތެވެ. ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ޝަރީޢަތް ލަސްވުމުގެ ނަތީޖާއެއްގެގޮތުނ ބަންދުން ދޫކޮށްލެވިދާނެތޯ؟
90އިސްތިއުނާފުކުރާ ފަރާތުގެ ނުކުތާ 2 އިން 4 އަށް، އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ފަރާތުން ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2026/SC-A/10 ޤަޟިއްޔާ ގެ 20 ވަނަ ޕެރެގްރާފުގައި، އިޢުތިޞާމް މުޙައްމަދު ސަޢީދުގެ މައްސަލައިގެ ޝަރީޢަތް ލަސްވެފައިވާކަމަށް ބަޔާންކޮށްފައިވުމުގެ ނަތީޖާއަކަށްވާނީ މީނާ ބަންދުން ދޫކޮށްލުންކަމަށް ދެކޭކަމަށް ބުނެފައިވެއެވެ. އަދި އެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-B12/06 ޤަޟިއްޔގާ ނިންމެވުމުންވެސް ބާރުލިބޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވެއެވެ.
91ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަލީމަތު ލަމްޙާ ޢަބްދުއްރަޙްމާނު (2023/HC-B12/79) ޤަޟިއްޔާގައި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުގެމަތިން، އެކަށީގެންވާ އަވަސް މިނެއްގައި ޝަރީޢަތް ކުރެވުމުގެ ޙައްޤާ ގުޅުންހުރި ބަހުސަކީ އޮޅުންބޮޅުންބޮޑު މައްސަލައެއްކަން އެމެރިކާގެ ސުޕްރީމް ކޯޓުގެ ނިންމުންތަކުން އެކަށައަޅާފައިވާ އުޞޫލުތަކުން އެނގޭކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މުއްތަހަމުގެ ނަޒަރުންނާއި ހެކިންގެ ހަނދާން ފަނޑުވުމުގެކުރިން ހެކިބަސް ނެގުމަކީ، އިންޞާފު ޤާއިމުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ބަޔާންކޮށްފައިވެއެވެ. ހަމައެއާއެކު، އަވަސް ޝަރީޢަތުގެ ޙައްޤަކީ މުޠުލަޤު ޙައްޤެއް ނޫންކަމާއި، މުއްތަހަމުގެ އެދުމުގެ މައްޗަށް މައްސަލައިގެ އަޑުއެހުން ފަސްކުރުމުން މައްސަލަ ލަސްވުމަށް މެދުވެރިވުމާއި، ކޯޓުގެ ވަޞީލަތް ނެތުމުގެ ސަބަބުން މައްސަލަ ނިންމުން އާދަޔާ ޚިލާފަށް ލަސްވުމަކީ، ބަންދުކުރުމާ ގުޅޭގޮތުން މިހައިތަނަށް ޤާއިމުކޮށްފައިވާ އުޞޫލުތައް ދޫކޮށްލެވެނޭ ސަބަބެއް ނޫންކަމުގައެވެ. އަދި ޝަރީޢަތް ދިގުލައިގެންދ ކަންކަނާ ފާހަގަކޮށް ބަންދަށް ލުއިދިނުމުގައި ކަންކަން ވަޒަންކޮށް ސަބަބު ބަޔާން ކުރަންވާނެކަމަށް ކަނޑައަޅުއްވާފައިވެއެވެ.
92މީގެއިތުރުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަނީސް ޙލްމ (2024/HC-B12/13) (މީގެފަހުން "އަނީސް ޙިލްމީ މައްސަލަ"ކަމަށް ބުނެފައިވާ) ޤަޟިއްޔާގައި، ބަންދުގައި ގިނަދުވަސްވުމަކީ ބަންދުން ދޫކުރަންޖެހޭ ސަބަބެއްކަމާމެދު ބަހުސްހުށަހެޅި، އެކަމުގެ މައްޗަށް ބަސްބުނެފައިވާނެއެވެ. އެގޮތުން، އަނީސް ޙލްމީގި ހުށަހެޅުމުގައި، ޔުނައިޓެޑް ނޭޝަންގެ ހިއުމަން ރައިޓްސް ކޮމިޓީގެ 16 ވަނަ ސެޝަންއިން 30 ޖޫން 1982 ދުވަހު އެޑޮޕްޓް ކޮށްފައިވާ، CCPR General Comment No. 8: Article 9 (Right to Liberty and Security of Persons) އާޙަވާލާދީ، އައި.ސީ.ސީ.ޕީ.އާރްގެ 9 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގައިވާ މަފްހޫމެއް ގުޅޭގޮތުން ބަހުސް ހުށަހަޅާފައިވަނީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ޝަރީޢަތުން ޙުކުމް ކުރުމުގެ ކުރިން ބަންދުގައި ބެހެއްޓުމުގެ މަފްހޫމއާއެކު، ޤާނޫނުއަސާސީގެ 51 ވަނަ މައްދާގެ (ށ)ގައިވާ އެކަށީގެންވާ އަވަސް މިނެއްގައި ޝަރީޢަތް ކުރެވުމުގެ ޙައްޤާއި، 51 ވަނަ މާއްދާގެ (އ)ގައިވާ ޝަރީޢަތުން ކުށްސާބިތު ނުކުރެވޭނަމަ އެ މީހަކީ ކުށެއްނެތް މީހެއްކަމުގައި ބެލުމުގެ ޙައްޤު ތަރުޖަމާ ކުރުމުގައި، ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤުތައް މާނަކުރުމުގައި، މިނިވަން ދީމިޤްރާޠީ މުޖްތަމަޢުތަކުން ގަބޫލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް ނަގަހައްޓައި، ދިވެހިރާއްޖެއިނަ ބައިނަލްޢަޤުވާމީ މައިދާނުގައި، ދައުލަތެއްގެ ހައިސިއްޔަތުން ޖަވާބުދާރީ ވާންޖެހުމާ ގުޅޭގޮތުންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-B12/79 ޤަޟިއްޔާގެ ނުކުތާ 45 އިން 47 އަށް.
93ދިވެހިރާއްޖޭގެ ހައިކޯޓުގެ އަނީސް ޙިލްމީ މައްސަލއިގަ 58 ވަނަ ނުކުތާގައި، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޝަރީޢަތް ކުރެވުމުގެ ޙައްޤާ ގުޅޭގޮތުން ކެނަޑާގައި ކަންކުރެވޭގޮތަށް ބަލާއިރު، އެކަށީގެންނުވާ ލަސްވުމެއް އޮތްކަމަށްބެލުމުގައި ގިނަކަންތައްތަކެއް އަޅައިކިރައި ވަޒަންކުރާކަމާއި، އެކަންކަމަކީ މައްސަލައިގެ ޙުކުމުގެ މަރުޙަލާގައި ރިޢާޔަތްކުރެވޭ ކަންތއްކަމަށް ބުނެފައިވާނެއެވެ. އެގޮތުން، ޤާނޫނުގައި ބަޔާންކޮށްފައިވާފަދަ އެކަށީގެންނުވާ ލަސްވުމެއް އޮތްކަމަށް ބެލެވޭއިރު، މައްސަލައިގައި ޙުކުމް ކުރަނީ މުއްތަހަމުގެ މައްޗަށް ކުށްސާބިތު ނުވާކަމަށް ވާނަމަ، މާލީ ބަދަލު ދިނުމަށްކަމަށާއި، އެކަށީގެންނުވާ ލަސްވުމަކަށްފަހު މައްސަލައިގައި ކުށްސާބިތުވާ ޙާލަތުގައި، އެ ސަބަބުގެ މައްޗަށް ބިނާކޮށް އަދަބަށް ލުއިދިނުމަށް ކަނޑައެޅުމުގެ ފުރުޞަތު އޮންނަކަމަށް ބުނެފައިވާނެއެވެ. އަދ ބުނެވިދިޔަފަދަ އެކަށީގެންނުވާ ލަސްވުމެއް އޮތްތޯ ބެލުމުގައި، މުއްތަހަމާއި، ދައުލަތާއި، މުއައްސަސާތަކުގެ ލަސްވުންތައް އުނިކޮށް، ލަސްވިލަސްވުން ވަޒަންކުރުމުގެ ޝަރީޢަތްކުރުމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް ރިޢާޔަތް ކުރެވޭކަމަށް ބުނެފައިވާނއެވެ.
94HN8ބުނެވިދިޔަ އުޞޫލަށް ރިޢާޔަތްކޮށް، އަނީސް ޙިލްމީ މައްސަލއަ ގ ނުކުތާ 59 އިން 64 އަށް ބަޔާންކޮށްފައިވާ ކަންކަން ތިރީގައި އެވަނީއެވެ.
1.94. ކެނަޑާގެ ނިޒާމު ތަރުތީބު ވެފައިވާގޮތުން، ބަންދުގައި ގިނަދުވަސްތަކެއް ވޭތުކޮށްފައި ޝަރީޢަތް ފެށުމަށްފަހު ހޭދަކުރަންޖެހޭ މުއްދަތު އަދަބުގެ މުއްދަތަށްވުރެ ދިގުވުމުގެ ފުރުޞަތުވެސް އޮވެއެވެ. އެ ސަބަބުގެ މައްޗަށްބިނާކޮށް ކުށްނުކުރާ މީހުންވެސް ޝަރީޢަތް އަވަސްކުރމުގެ ބޭނުމަށްޓަކައި، ނުކުރާކުށަކަށްވެސް އިޢުތިރާފުގެ އެއްބަސްވުން ހަދައި މައްސަލަ އަވަހަށް ނިންމުމުގެ ކަންބޮޑުވުން އޮވެއެވެ. Colton Fehr, ‘Remedying Unreasonable Delay’ [2023] Alberta Law Review, 739. Christopher Sherrin, ‘Excessive Pre-Trial Incarceration’ [2012] Sask.L.Rev, 55.
2.94. ޝަރީޢަތުން ޙުކުމެއް ކުރެވުމުގެ ކުރިން ބަންދުގައި ބަހައްޓާފައިވާ މީހެއްގެ ބަންދުގެ މުއްދަތު ދިގުވުމުގެ ސަބަބުން، އެކަމުގެ މައްޗަށް ބިނާކޮށް މީހަކު ބަންދުން ދޫކޮށްލުމުގައި ރިޢާޔަތް ކުރަންޖެހޭ ވަކި ޚާއްޞަ، އަދި ހުރިހާ މައްސަލައެއްގައި ޢަމަލުކުރަން ހެޔޮވަރު ޙައްލު ލަބިދނިވެ މެޖިކް ފޯ މިއުލާއެއ ކޯޓަށް ދެވިދާނެކަމަށް ނުދެކެމެވެ. އަދި ކޮންމެ މައްސަލައެއްވެސް ވަޒަންކުރަންޖެހޭނީ އެ މައްސަލައިގެ ޚާއްޞަ ޙާލަތަށް ރިޢާޔަތްކޮށްގެންކަމަށް ދެކެމެވެ. އެ ކަންކަން ބިނާވާނީ، އެ މައްސަލައިގެ ބާވަތާއި، ކުށުގެ ޢަމަލުގައި މުއްތހަމަ ބައިވެރިވި މިންވަރާއި، ގޮތާއި، މުއްތަހަމު ހައްޔަރުގައި ހުންނައިރު އެމީހަކާމެދު ދައުލަތުން ޢަމަލުކުރާ އަދި ބަންދުގައި ހުންނައިރު މުއްތަހަމުގެ ޢަމަލުތައް ހުންނަގޮތާއި، އެ މީހަކު މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލުމުގެ ސަބަބުން ޢާއްމުންނަށްއޮތް ނުރައްކަލާއި، ދޫކޮށްލުމުން ހެކިބަހަށް ކޮށްފާނެ އަސަރަކާއި، ކުށުގެ ތުހުމަތުގައިވާ މީހަކު ދޫކުރުމުގެ ސަބަބުން ޤާނޫނުގެ ވެރިކަމާއި، ޝަރީޢަތުގެ ހަތަރުފާރު ތެރޭގައި ހިނގާ ކަންކަމުގެ އިތުރުން، މުޖުތަމަޢުގައި ޢަދުލު އިންޞާފުގެ ނިޒާމާމެދު އޮންނަ އިތުބާރުފަދަ ޙަޤީޤަތްތަކާއި މައްސަލައިގެ ވަށައިގެންވާ އިތުރު އެހެނިހެން ކަންތައްތަކުގެ މައްޗަށެވެ.
3.94. ދިވެހިރާއްޖޭގައި ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓާފައިވާ މީހުންގެ ޢަދަދު ގިނަވެފައި، ޝަރީޢަތް ކުރުމުގެ ދުވެލި ލަސްވުމަކީ ޖިނާއީ ޢަދުލުގެ ނިޒާމުގެ އެންމެބޮޑު އެއްގޮންޖެހުމެވެ. ޤާނޫނުއަސާސީގެ 18 ވަނަ މާއްދާގައި، އެ ޤާނޫނުއަސާސީއާ އެއްގޮތަށް ޢަމަލުކުރުމާއި، އަސާސާ ޙައްޤުތަކުގެ ބާބުގައި ލިބިދީފައިވާ ޙައްޤުތަކާއި މިނިވަންކަން ހިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަމަށް ބުނެފައިވެއެވެ. އަދި މައްސަލައިގެ ޝަރީޢަތް އަވަސްކުރެވި، ބަންދުގައިވާ މީހުންގެ މައްސަލައަށް ޙައްލެއް ލިބޭނީ ޝަރީޢަތް އަވަސްކުރެވނެ އެކަށީގެންވޭ ވޞަލަތްތައ ދައުލަތުން ފަނޑިޔާރުގެއަށް ފޯރުކޮށްދިނުމުންކަން ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔު ޤަޟި އްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ފާހަގަ ކުރައްވާފައިވެއެވެ.
4.94. އެހެންކަމުން، އަނީސް ޙިލްމީގެ ހުށަހެޅުމާ ޚިލާފަށް، ދިވެހިރާއްޖޭގައި ޝަރީޢަތް ކުރެވުމުގެ އެކަށީގެންވާ ވަޞީލަތްތައް ދައުލަތުން ފޯރުކޮށްދީފައި ނެތުމުގެ ސަބަބުން މައްސަލަ ދިގުލައިގެން ދިޔުމަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ މުއްތަހަމު ބަންދުގައި ބަހައްޓަންޖެހޭފަދަ ޙާލަތެއް ވުޖޫދުވެފައިވާ މައްސަލައެއްގައި، ބަންދުން ދޫކުރުމަށް އެކަށީގެންވާ ޤާނޫނީ ސަބަބެއްނޫނެވެ. އަދި ދައުލަތުގެ ވަޞލަތްތައީ ނެތުމުގެ ސަބަބުން، އެކަށީގެންވާ އަވަސްމިނެއްގައި ޝަރީޢަތް ކުރުމުގެ ޙައްޤަށް އުނިކަންލިބުނުކަން ނުވަތަ ނޫންކަމާއި، އުނިކަންލިބުނު ނިސްބަތަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގައި ނަތީޖާއަކަށްވާނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާގެ ދަށުން، އެ މީހަކު ބަންދުގައި ހޭދަކުރި މުއްދަތު ޙުކުމުން އުނިކުރުމުގެ އިތުރުން، ކަނޑައެޅޭ ޖަލުއަދަބަށް ޤާނޫނު ހުއްދަކުރަނިވި އިތުރު ލުޔެއް ދެވިދާނެ ޙާލަތެއްކަމަށް ބަލައި، ތަންފީޒުކުރަންޖެހޭ ޙުކުމުން އިތުރު މިންވަރެއް އުނިކުރުންކަމަށް ދެކެމެވެ.
95ދިވެހިރާއްޖޭގެ ހައިކޯޓުގެ އަނީސް ޙިލްމީ މައްސަލައިގެ ނިންމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިނުވެއެވެ. މި މައްސަލައިގައި އިޢުތިޞާމު މުޙައްމަދު ސަޢީދގު މައިގަނޑު ހުށަހެޅުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2026/SC-A/10 ޤަޟިއްޔާގެ 20 ވަނަ ޕެރެގްރާފު ގައި، މީނާގެ ޝަރީޢަތް އެކަށީގެންނުވާ މިންވަރަށް ލަސްވެފައިވާކަމަށް ބަޔާންކޮށްފައިވުމުގެ ނަތީޖާއަކަށް ވާންވާނީ މީނާ ބަންދުން ދޫކުރުންކަމުގައެވެ.
96ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2026/SC-A/10 ޤަޟިއްޔާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-B12/06 ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރުމަށްއެދި އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެކެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެ ޤަޟިއްޔާގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-B12/06 ޤަޟިއްޔާގެ ޙުކުމް ބާޠިލު ކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅުއްވާފައިވެއެވެ.
97ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2026/SC-A/10 ޤަޟިއްޔާގެ 37 ވަނަ ނުކުތާގައި، އިޢުތިޞާމު މުޙައްމަދު ސަޢީދުގެ ފަރާތުން ހުށަހަޅާ ފަދައިން، މައްސަލައިގެ މައުޟޫޢަށް ރިޢާޔަތް ކުރުމެއްނެތި، އިޢުތިޞާމް މުޙައްމަދު ސަޢީދުގެ މައްޗަށް ކޮށްފައިވާ ދަޢުވާ ބާޠިލުކުރަންޖެހޭ ސަބަބެއް، ނުވަތަ އެކަށޭނަ މިންވަރަށްވުރެ ދިގުމުއްދަތަކަށް ކުށެއްގެ ތުހުމަތުގައިވާ މީހަކު ބަންދުގައި ބަހައްޓާފައިވުމަކީ، ޖިނާއީ އިޖުރާއަތުގެ އޮނިގަނޑުގެ ތެރެއިން، ދަޢުވާ ބާޠިލުކުރުމުގެބާރ ނުވަތު އެ އިޚްތިޔާރު ކޯޓަށް ލިބިގެންވާ ޙލަތެއްތާ ނުވަތަ ނޫންތޯކަމަށް ބަލާއިރު، އެއީ ސުޕްރީމް ކޯޓަށް ހުށަހަޅައި، އެ މައްޗަށް ބަހުސްކޮށްފައިވ ކަންކަނާ ކަމުގައިނުވާތީ، އެ ސުވާލާގުޅިގެން އެ ކޯޓުން ގޮތެއްކަނޑައަޅަން ނުޖެހޭކަމަށް ނިންމަވާފައިވެއެވެ.
98މީގެއިތުރުން، ކެނަޑާއާއި އެމެރިކާގެ މައްސަލަތަކެއްގައިވ ޤާނޫނާ އުޞޫލަށް ޙަވާލާދީ ހުށަހަޅާފައިވާ ކަންކަމާ ގުޅިގެން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2026/SC-A/10 ޤަޟިއްޔާގެ 37 ވަނަ ނުކުތގާ 25 ވަނަ ފުޓްނޯޓު ގައި، ޝަރީޢަތް ދިގުލައިގެން ދިޔުމުގެ ސަބަބުން މުއްތަހަމު ބަންދުން ދޫކުރުމަކީ ޢަދުލުވެރި ގޮތްކަމަށް ބެލެވުނު ނަމަވެސް، ޤާނޫނަކުން އެފަދަ ބާރަކާއި އިޚްތިޔާރެއް ލިބިދީފައިނުވާ ޙާލަތުގައި، ވަކިކަމެއްކުރުމަށ މުއްދަތް ކަނޑައެޅުންފަދ ކަންކަނަ ކުރުމަކީ، ޤާނޫނުހެދުމުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެ ޤަޟިއްޔާގެ 39 ވަނަ ނުކުތގާ 26 ވަނަ ފުޓްނޯޓުގައި، ޙަވާލާދީފައިވާ ރާއްޖޭން ބޭރުގެ ޤަޟިއްޔާތަކުގައި އެކަށީގެންވާ އަވަސްމިނެއްގައި ޝަރީޢަތް ކުރުމަކީ ކޮބައިކަން ތަފުޞީލުކޮށް، ސާފު އުޞޫލެއް ޤާއިމުކޮށްފައި ނުވާކަމަށްވެސް ބުނެފައިވެއެވެ.
99ބުނެވިދިޔަ ކަންކަމުގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2026/SC-A/10 ޤަޟިއްޔާ ގެ 39 ވަނަ ނުކުތާގައި، އިޢުތިޞާމު މުޙައްމަދު ސަޢީދުގެ ޙައްޤެއް ގެއްލިފައިވާނަމަ، ވަކި ދަޢުވާއެއް ހުށަހެޅުމަށް ހުރަހެއް ނެތްކަމަށް ބުނެފައިވާއިރު، މިފަދަ ޙާލަތެއްގައި ބަންދާމެދު ޢަމަލުކުރަންޖެހޭގޮތް، މި ރާއްޖޭގެ ޤާނޫނުގައި ބަޔާންކޮށްފައިނުވާ ޙާލަތުގައި ބަންދުން ދޫކޮށްލެވޭނެކަމަށް ދަލާލަތުކޮށްދޭފަދަ ވާހަކައެއް އެ ނިންމެވުމަކުނެތެވެ. އަދި އެ ނިންމުމުގެ 26 ވަނަ ނުކުތާގައި، އެހެން ޤައުމެއްގެ ޤާނޫނެއްގައި ކަނޑައަޅާފައި ވާގޮތަކަށް ޢަމަލުކުރުމަކީ، ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގެ ބޭނުމަށް މި ރާއްޖޭގެ ފަނޑިޔާރުން ރިޢާޔަތްކުރަންޖެހޭ ކަމެއްނޫންކަމަށ ބަޔާން ކުރައްވާފައވުމުން، މިފަދި އުޞޫލެއް ޤާއިމުކުރެވޭނީ ޤާނޫނުހަދާ ފަރާތުންކަމަށް ދެކެމެވެ.
100އެހެންކަމުން، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި، ކަންކުރަންވީގޮތް ޤާނޫނެއްގައި ބަޔާންކޮށްފައިނުވާ މި ޙާލަތުގައި، އަނީސް ޙިލްމީ މައްސަލައިގައިވެސް ބަޔާންކޮށްފައިވާ ފަދައިން، ޝަރީޢަތް ދިގުލައިގެން ދިޔުމަކީ، މުޖުތަމަޢުގެ ސަލާމަތަށް މީހެއްގެ ކިބައިންއޮތ ނުރައްކަލެއް ފިލައިނުދަނިސް، އެ މީހަކު ބަންދުން ދޫކޮށްލުމަށް އެކަށީގެންވާ ސަބަބެއްކަމަށް ޤާނޫނީ ހަމަތަކުން ބެލެވޭނެކަމަށް ނުދެކެމެވެ. އަދި މިހާރުއޮތް ޖިނއާ ޢަދުލުގެ ނިޒާމުގެތެރެއިނ ޝަރީޢަތަށް ދެވިދާނެ ފަރުވާއަކީ، މި ނިންމމުގު 94.4 ވަނަ ނުކުތާގައިވާ ފަރުވާކަމަށް ދެކެމެވެ.
ބަންދާމެދު ގޮތްނިންމމުގެ އުޞޫލު
101ބުނެވިދިޔަ ކަންކަމުގެ އިތުރުން، އިސްތިއުނާފުކުރާ ފަރާތުގެ ހުށަހެޅުންތަކުގެ ތެރޭގައި އުފަންކުރުވި އިތުރު ހުށަހެޅުމަކީ، ބަންދުން ދޫކޮށްލުމުގައި އެގްޒޯސްޓިވ ލިސްޓެއް ނެތްކަމެވެ. މިކަމަށް ދައުލަތުންވެސް މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ދެކޮޅެއް ނުހައްދަވައެވެ. އަދި އެގްޒޯސްޓިވ ލިސްޓެއް ނެތްކަމުގެ މައްޗަށް ވާހަކަ ބައްޓަން ކުރައްވާފައިވެއެވެ.
102ޖިނާއީ ޢަދުލުގެ ނިޒާމުގެ ތާރީޚުގެ ފަތްފުށްތަކަށް ބަލާއިރު، ބަލިޙާލަތަށް ރިޢާޔަތްކޮށް، ޝަރީޢަތް ނިމުމުގެކުރިން ޖަލުބަންދުގައިތިބި މީހުން، ޙާލަތަށް ރިޢާޔަތްކޮށް ބަންދުން ދޫކުރެވުނު ދުވަސްވަރެއްވެސް ދިޔައެވެ. އަދި އެ ނޫންވެސް ޙާލަތތަކް ގުޅުވައި މީހުން ބަންދުން ދޫކުރުމުގެ ސަބަބުން، ދައުލަތުންކުޅަ އިސްތިއުނާފުތަކުގެ އަދުގެ ނަތީޖާއަކީ ޝަހީބް އިބްރާހީމް މައްސަލައާއި، ޢިރުފާން ތަޤިއްޔު މައްސަލއާއަ ބިޝާރު އިސްމާޢީލް މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިހާރު ކަނޑައަޅުއްވާފައިވާ ޤާނޫނީ އުޞޫލުތަކެވެ.
103HN9ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޝަހީބް އިބްރާހީމް މައްސަލއާއަ ޢިރުފާން ތަޤިއްޔު މައްސަލއާއަ ބިޝާރު އިސްމާޢީލް މައްސަލައިގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކަށް ބެލުމުން، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ޙާލަތުތައް އޮތްނަމަ، ޝަރީޢަތް ނިމުމުގެކުރިނަ މީހަކު ބަންދުގައި ބެހެއްޓޭނެއެވެ. އެ ޙާލަތް ވަޒަންކުރުމުގެ ވަޞީލަތަކީ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައިވާ އުޞޫލުތަކުގެ ތެރެއިން ޚާއްޞަކޮށް، އެ ގަވާއިދުގެ 13 ވަނަ މާއްދާ ގައި ތަފުޞީލުކޮށްފައިވާ ޙާލަތްތަކެވެ.
104ބުނެވިދިޔަ ޤަޟިއްޔާތަކާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޢިރުފާން ތަޤިއްޔު މައްސަލއިގަ 27 ވަނަ ނުކުތާގައި، ބަލިޙާލަތު ހުރިގޮތުން ނުވަތަ އެނޫންވެސް އެފަދަ ސަބަބަކާހުރެ، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކޮށްފާނެ މީހަކު ދޫކޮށްލުމަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއިން ދައްކާމަގު ނޫންކަމަށް ކަނޑައެޅުއްވުމގު ނަތީޖާއަކީ، ބަންދުން ދޫކޮށްލުމުގެ ޙާލަތްތަކަކީ އެގްޒޯސްޓިވް ލިސްޓަކަށްވުންކަމަށް ބަލަންޖެހެއެވެ. އަދި މިހާރު ސުޕްރީމް ކޯޓުގެ ނިންމެވުންތަކުން ދައްކާފައިވާމަގު ނޫންއެހެން މަގަކަށް، ދައުލަތުން ބަންދާމެދު ގެންގުޅޭ އުޞޫލުތައް އެކިމައްސަލައިގައި އެކިގޮތަށް ބަދަލުކޮށް، ޝަރީޢަތުގެ މަޖިލީހުގައި ވާހަކަބައްޓަން ކުރެއްވުމުގެ ނަތީޖާއަކަށްވާނީ، އައުއޮޅުންބޮޅުންގަނޑެއް އުފަންވުން ކަމަށްވާއިރު، އެއީ ޒިއްމާދާރު ގޮތެއްކަމަށް ނުދެކެމެވެ.
މައްސަލަ ނިންމަން ފެންނަގޮތް
105މި މައްސަލައިގައި އިސްތިއުނާފު ކޮށްފައިވާ، ކްރިމިނަލް ކޯޓުގެ ނަންބަރު B11/AM/2026/01-145 "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" (07 އޭޕްރިލް 2026) ބާޠިލު ކުރަންޖެހޭފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު
106މި މައްސަލއިގައަ ފަނޑިޔާރި ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދުކުރަމެވެ.
ފަނޑިޔާރު އިބްރާހީމް މާހިރުގެ ރައުޔު
107މި މައްސަލައި ގައި ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދުކުރަމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 18 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 43 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އަދި (ށ)
- ޤާނޫނުއަސާސީގެ 68 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59، 60 (ވ)، 91 (ށ)، 117 އަދި 186 ވަނަ މާއްދާ
- ގަވާއިދު ނަންބަރު 2021-SC-REG-01 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 13 ވަނަ މާއްދާގެ (ނ)ގެ (1)، (3)، (4)، (6) އަދި 103 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ށ)، 5 ވަނަ މާއްދާގެ (3) އަދި (7)، 6 ވަނަ މާއްދާގެ (ހ) އަދި (ނ)، 26 ވަނަ މާއްދާގެ (ގ)
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ)ގެ (1)
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 31 ވަނަ މާއްދާ
- ސުޕްރީމް ކޯޓު: 2020/SC-A/93 (ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ސުޕްރީމް ކޯޓު: 2024/SC-A/09 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔު)
- ސުޕްރީމް ކޯޓު: 2024/SC-A/19 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ބިޝާރު އިސްމާޢީލް)
- ސުޕްރީމް ކޯޓު: 2026/SC-A/10 (އިޢުތިޞާމް މުޙައްމަދު ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ހައިކޯޓު: 2026/HC-B12/06
- ހައިކޯޓު: 2023/HC-B12/79 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަލީމަތު ލަމްޙާ ޢަބްދުއްރަޙްމާނު)
- ހައިކޯޓު: 2024/HC-B12/13 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަނީސް ޙިލްމީ)
- ހައިކޯޓު: 2025/HC-B12/16؛ 2024/HC-B12/36 (ފަސްފަހަތުގައި)
- Attorney General's Reference (No 2 of 2001) [2003] UKHL 86
- Barker v. Wingo (ޔުނައިޓެޑް ސްޓޭޓްސް ސުޕްރީމް ކޯޓު)
- R v. Jordon (ސުޕްރީމް ކޯޓް އޮފް ކެނެޑާ)
- CCPR General Comment No. 8: Article 9 (ICCPR 9(3))
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.