ޢަބްދުﷲ ރަފީޤު ވ. ޢަލީ އަރުޙަމް، އަދި އިތުރު 6 ފަރާތެއް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓު 211/S4C/2020
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- މައިންބަފައިން ދަރިއަކަށް ދީފައިވާ ހިބައެއް އަނބުރާ އަތުލެވޭތޯއާއި، ހިބައިން ލިބުނު ބަޔަށް ބަދަލު ގެނެސްފައިވާކަމަށް ދަށުކޯޓުން ކަނޑައެޅީ ހެކި ޤަރީނާއާއި ޤާނޫނާ އެއްގޮތަށްތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 މައިންބަފައިން ދަރިންނަށް ދީފައިވާ ހިބައެއްކަމުގައި ވިޔަސް، ހިބައިގެ މުޢާމަލާތް ފުރިހަމަވުމަށްފަހު، ހިބަ ލިބުނު މިލްކުވެރިޔާ އިންކާރުކުރާ ޙާލަތުގައި، އެ ހިބައަށް ބަދަލު ޙަވާލުކޮށްގެން ވެސް ހިބަ އަނބުރާ އަތުލެވޭނެކަމަށް ނުދެކެއެވެ؛ މުދަލުގެ މިލްކުވެރިޔާއަށް އޭނާގެ މިލްކުގައިވާ މުދާ ނުދިނުމުގެ ނުވަތަ މުޢާމަލާތް ނުކުރުމުގެ ފުރިހަމަ އިޚްތިޔާރު ޤާނޫނީ ހަމަތަކުން ލިބިގެންވެއެވެ.
HN2 މަދަނީ މައްސަލަތަކުގައި ޤާނޫނީ ނަތީޖާއެއް ނުކުންނަ ވާޤިޢާއެއް ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ދަޢުވާކުރާ ފަރާތުން ނުވަތަ އެފަދަ ހުށަހެޅުމެއް ހުށަހަޅާ ފަރާތުންނެވެ؛ އަދި ސާބިތުކުރުމުގެ މިންގަނޑަކީ ބޮޑަށް ބުރަވެވޭ މިންގަނޑެވެ (ބެލަންސް އޮފް ޕްރޮބަބިލިޓީސް).
HN3 ހިބައިން ދިން ބަޔަށް ބަދަލެއް ނުގެނެސްކަމަށް ބުނާ ފަރާތުން އެކަން ސާބިތުކުރުމަށް ހެއްކެއް ހުށަނާޅައި، ދަށުކޯޓުގެ އަޑުއެހުންތަކުގައި ދެއްކި ބަޔާންތަކުން ބަދަލު ގެނެސްފައިވާކަމަށް ބެލެވޭ އެކަށީގެންވާ ސަބަބު ހުރިނަމަ، ހިބައަށް ބަދަލު ގެނެސްފައިވާކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށް ބަލަންޖެހެއެވެ.
HN4 ހިބައިން ލިބުނު ބަޔަށް ބަދަލު ގެނެސްފައިވާ ޙާލަތުގައި، އެ ހިބަ އަނބުރާ ދިނުމަށް އިންކާރުކޮށް ގޮތްނިންމުމަކީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ އެއްގޮތްވާ ނިންމުމެކެވެ.
HN5 ދަށުކޯޓުގެ ޝަރީޢަތުގެ އަޑުއެހުމުގައި ހަމަޙަޤީޤަތުގައި ދެއްކި ވާހަކައެއްގެ މައްޗަށް ބިނާކޮށް، ޝަރީޢަތުން ކަށަވަރުކުރުމަށްފަހު ވާޤިޢާއެއް ކަނޑައަޅާފައިވާނަމަ، ދަށުކޯޓުން މައްސަލަ ނިންމާފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ އެއްގޮތަށެވެ.
HN6 ފަނޑިޔާރު ބަލަންވާވަރަށް ނުބަލާކަމަށް ބުނެ (ފަނޑިޔާރުންގެ ޤާނޫނުގެ 5 (ށ)(1)) އިސްތިއުނާފީ ނުކުތާއާއި ބަހުސް ހުށަހަޅާއިރު، ޤާނޫނީ ވަކީލުން ވެސް އެފަދައިން ހުށަހަޅަންވާނީ ފަރުވާތެރިކަމާއެކު ބަލަންވާވަރަށް ބަލައި، ޙަޤީޤަތް ކަށަވަރުކުރުމަށް އެކަށީގެންވާ މިންވަރަށް މަސައްކަތްކުރުމަށްފަހުއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޢަބްދުﷲ ރަޝީދު، ޢަބްދުﷲ ޙަސީން، ކްރިސްޓަލް ޗެމްބަރސް އެލް.އެލް.ޕީ
- ބެންޗު
- ދީބާނާޒް ފަހުމީ، މުޙައްމަދު ފައިޞަލް، މުޙައްމަދު ނިޔާޒު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ދީބާނާޒް ފަހުމީ · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، މުޙައްމަދު ނިޔާޒު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔު (މި ރައުޔަށް ފަނޑިޔާރު މުޙައްމަދު ފައިޞަލް އަދި ފަނޑިޔާރު މުޙައްމަދު
ނިޔާޒު ތާއީދު ކުރައްވައެވެ.)
ތަޢާރަފު
1މި މައްސަލައަކީ، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 211/S4C/2020 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި، ސ. ފޭދޫ، […] ޢަބްދުﷲ ރަފީޤް (މީގެފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ޢަބްދުﷲ ރަފީޤު" ކަމަށްބުނެފައިވާ) ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައިފައިވާ ޤަޟިއްޔާއެކެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ، ސ. ފޭދޫ، […] ޢަލީ އަރުޙަމް އާއި، ސ. ފޭދޫ، […] ފާޠިމަތު ނާޞިރާ އާއި، ސ. ފޭދޫ، […] ޢާއިޝަތު ނާޢިމާ އާއި، ސ. ފޭދޫ، […] އަޙްމަދު އަސްޢަދު އާއި، ސ. ފޭދޫ، […] އާމިނަތު ނާފިޢާ އާއި، ސ. ފޭދޫ، […] މުޙައްމަދު އަކްރަމް އާއި ސ. ފޭދޫ، […] ޚަދީޖާ ނަޞީރާ (މީގެފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "ޢަލީ އަރުޙަމް" ނުވަތަ "ފާޠިމަތު ނާޞިރާ" ނުވަތަ "ޢާއިޝަތު ނާޢިމާ" ނުވަތަ "އަޙްމަދު އަސްޢަދު" ނުވަތަ "އާމިނަތު ނާފިޢާ" ނުވަތަ "މުޙައްމަދު އަކްރަމް" ނުވަތަ "ޚަދީޖާ ނަޞީރާ" ކަމަށްބުނެފައިވާ)އެވެ.
މައްސަލައިގައި ކަންހިނގާފައިވާގޮތް
3އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓްކޯޓްގެ ނަންބަރު 174/S4C/2012 ޤަޟިއްޔާގައި، ސ. ފޭދޫ "ފިނިފެންމާގެ" އެވެކިޔުނު ބަންޑާރަ ގޯއްޗަކީ އިސްތިއުނާފުކުރާ ފަރާތުގެ ނަމުގައި ރަޖިސްޓރަ ކޮށްފައިވާ ބަންޑާރަ ގޯއްޗެއްކަމަށް ބަޔާންކޮށްފައިވެއެވެ.
4ޢަބްދު ﷲ ރަފީޤްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ "ފިނިފެންމާގެ" އެވެކިޔާ ބަންޑާރަ ގޯތި، 7 (ހަތެއް) ބަޔަށް ބައިކޮށް، އޭގެތެރެއިން 3 (ތިނެއް) ނަންބަރު ގޯތި، ޢަބްދުﷲ ރަފީޤްއާއި އަނބިކަނބަލުން، ސ. ފޭދޫ، […] ޚަދީޖާ ނަޞީރާ ދިރިއުޅުމަށް ހަމަޖައްސައި، ދެން އެބިމުގައިއޮތް 6 (ހައެއ) ގޯތީގައިހިމެނ ނުއުފުލޭ މުދައު، ޢަލީ އަރްޙަމާއި، ޢާއިޝަތު ނާޢިމާއާއި، ފާޠިމަތު ނާޞިރާއާއި، އާމިނަތު ނާފިޢާއާއި، އަޙްމަދު އަސްޢަދުއާއި، މުޙައްމަދު އަކރަމްއަށް ހިބައިން ދިނުމަށްއެދި، 05 ޑިސެމްބަރު 2012 ދުވަހު ޢަބްދުﷲ ރަފީޤްގެ ފަރާތުން ހުށަހަޅާފައިވެއެވެ. އެ މައްސަލަ އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓްކޯޓްގެ ނަންބަރު 174/S4C/2012 ޤަޟިއްޔާއިން ބައްލަވައި، ޢަބްދުﷲ ރަފީޤް އެދިފައިވާ ގޮތުގެމަތިން 13 ޖޫން 2013 ދުވަހު ނިންމަވާފައިވަނީ ތިރީގައި ބަޔާން ކޮށްފައިވާގޮތަށެވެ. "ދެންފަހެ، މި މައްސަލައިގައި ބަލަންޖެހޭ ޝަރުއީ އަދި ޤާނުނީ ބެލުންތައްބަލައި އެ މައްޗަށް ފާހަގަކުރެވުނު އިސްވެދިޔަ ބަޔާންވެދިޔަ ނުކުތާތަކަށް ރިޢާޔަތްކުރުމަށްފަހު ސ.ފޭދޫ ފިނިފެންމާގެ ޢަބުދުﷲ ރަފީޤް ގަދަވެ ތަޞައްރަފްފުދޭ ހެޔޮޙާލުގައ ހުރި އޭނާގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ސ.ފޭދޫ ފިނިފެންމާގެ ކިޔާ ބަންޑާރަގޯތީގެ ބިން 07 ބައަށް (07 ގޯއްޗަށް) ބިންބައިކޮށް މި ގޯތީގެ ހުޅަގު ފަރާތުން 30 ނަންބަރުގައި އޮތްގޯތި ޢަބްދުﷲ ރަފީޤު އާއް އޭނާގެ އަނބި ސ.ފޭދޫ ފިނިފެންމާގެ ޚަދީޖާ ނަޞީރު އާއާ ދެމަފިރީންގެ ނަމުގައި ޖައްސައި މި ބިމުގެ 01 ނަންބަރު ގޯއްޗަށް ދަރަހަނައ ތަންތަނާއި ތަކެތި ފ.ދަރި ސ.ފޭދޫ ފިނިފެންމާގެ މުޙައްމަދު އަކްރަމް އަށް މި ބިމުގެ 02 ނަންބަރ ގޯއްޗަށް ދަރަނަހައ ތަންތަނާއި ތަކެތި އ.ދަރި ސ.ފޭދޫ ފިނިފެންމާގެ އާމިނަތު ނާފިޢު އަށާ މި ބިމުގެ 04 ނަންބަރ ގޯއްޗަށް ދަރަނަހައ ތަންތަނާއި ތަކެތި އ.ދަރި ސ.ފޭދޫ ފިނިފެންމާގެ ޢާއިޝަތު ނާޢިމ އަށާ މި ބިމުގެ 05 ނަންބަރ ގޯއްޗަށް ދަރަނަހައ ތަންތަނާއި ތަކެތި ފ.ދަރި ސ.ފޭދޫ ފިނިފެންމާގެ އަޙްމަދު އަޞްޢަދ އަށު މި ބިމުގެ 06 ނަންބަރ ގޯއްޗަށް ދަރަނަހައ ތަންތަނާއި ތަކެތި އ.ދަރި ސ.ފޭދޫ ފިނިފެންމާގެ ފާޠިމަތު ނާޞިރާ އަށް މި ބިމުގެ 07 ނަންބަރ ގޯއްޗަށް ދަރަނަހައ ތަންތަނާއި ތަކެތި ފ.ދަރި ސ.ފޭދޫ ފިނިފެންމާގެ ޢަލީ އަރުޙަމ އަށް ޢަބުދުﷲ ރަފީޤް އޭނާގެ މިލްކުން ކަނޑައި ސ.ފޭދޫ މޫންލައިޓް ސަޢީދު އިސްމާޢީލް ޝާކިރު އާއި ސ.ފޭދޫ ހިޔާލާގެ ޢަލީ މޫސާ އާއި ދެބޭކަލުންގެ ޙާޟިރުގައި މި މައްސަލާގެ ޝަރީއަތުގެ މަޖްލިސްގައި ހިބައިންދީ ފ.ދަރި ސ.ފޭދޫ ފިނިފެންމާގެ މުޙައްމަދު އަކްރަމް އާއި އ.ދަރި އެގޭ އާމިނަތު ނާފިޢު އާއާ އ.ދަރި އެގޭ ޢާއިޝަތު ނާޢިމ އާއާ އ.ދަރި އެގޭ ފާޠިމަތު ނާޞިރާ އާއި ފ.ދަރި އެގޭ އަޙްމަދު އަސްޢަދު އާއި ފ.ދަރި އެގޭ ޢަލީ އަރުޙަމ އާއް މި 06 ބެއިން ގަދަވެ ތަޞައްރަފް ފުދޭ ހެޔޮޙާލުގައިތިބ އިސްވެ ބަޔާންވެދިޔަ ދެބޭކަލުންގެ ޙާޟިރުގައި މި މައްސަލާގެ ޝަރީޢަތުގެ މަޖްލިސްގައ މި ހިބަ ޤަބޫލުކޮށްފައިވާތީ މިއީ ޞައްޙަ ހިބައެއްކަމަށ ކަނޑައަޅައް މި ރިޕޯޓްގައި ހިމަނާފައިވާ ޗާޓުގައި އެފަރާތެއްގެ ނަމުގައި ޖައްސާފައިވާ ބަންޑާރަ ގޯއްޗަށް ދަރަހަނައ ތަންތަނާއި ތަކެއްޗަކީ 04 ޝަޢުބާނ 1434، 13 ޖޫން 2013 ދުވަހުން ފެށިގެން އެފަރާތްތަކަށް މިލްކުވެގެންވާ ތަންތަނާއި ތަކެތިކަމުގައި ޙުކުމްކޮށްފީމެވެ."
5ބުނެވިދިޔަގޮތުގެ މަތިން މައްސަލަ ނިންމަވާފައިވަނިކޮށް، ޤާނޫނު ނަންބަރު 1/2002 (ބިމާބެހޭ ޤާނޫނު)ގެ 17 ވަނަ މާއްދާގެ ދަށުން، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޓްކޯޓޭ ގ ނަންބަރު 174/S4C/2012 ޤަޟިއްޔާއިން ހިންގާ ނިންމަވާފައިވާ ހިބައިގެ މުޢާމަލާތް އިޔާދަކުރުމަށް ނުވަތަ ހިބަ އަނބުރާ އަތުލުމަށްއެދި، 13 ޑިސެމްބަރު 2020 ދުވަހު އިސްތިއުނާފުކުރާ ފަރާތުން އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލަ ބއަލަވފައިވަނީ އާ ކޯޓުގެ ނަންބަރު 211/S4C/2020 ޤަޟިއްޔާއިންނެވެ.
6ބުނެވިދިޔަ ގޮތުގެމަތިން ޢަބްދު ﷲ ރަފީޤްގެ ފަރާތުން ހުށަހެޅި މައްސަލައިގައި، އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާގޮތަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ތެރެއިން މުޙައްމަދު އަކްރަމް ފިޔަވައި، އެހެން ފަރާތްތަކުން ހިބަ އަނބުރާ ރުޖޫޢަކުރުމަށް އިޢުތިރާޟު ކޮށްފައިނުވެއެވެ. މީގެފަހުން "ބިމާބެހޭ ޤާނޫނު"ކަމަށް ބުނެފައިވާ.
އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުން ނިންމިގޮތް
7އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ކަންކަމުގެ މައްޗަށް ބިނާކޮށް، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާގޮތް ތިރީގައި އެވަނީއެވެ. "ދެންފަހެ، މި ކޯޓުގެ ނަންބަރު 174/S4C/2012 ޤަޟިއްޔާގައި ދީފައިވާ ހިބައަކީ އައްޔަނު ކުރެވިގެން ދީފައިވާ ހިބައެއްކަމުން ހިބަ އިޔާދަ ނުކުރެވޭނެ ކަމަށްބުނެ އިންކާރުކުރާ މުޙައްމަދު އަކްރަމް () ހިބަ ދިންފަހުން މުދަލުގެ ޒާތަށް ބަދަލު އަންނަ ތަޞައްރުފާތުތަކެއް ކޮށްފައިވާކަން ސާބިތުވާތީ އެހިބައިގެ ބައިއޭނާގެ ނުރުހުމުގައި އިޔާދަ ނުކުރެވޭނެކަމަށް ކަނޑައެޅީމެވެ. އަދި ހިބަލިބުނު މުޙައްމަދު އަކްރަމް ފިޔަވައި ދެންތިބި ފަރާތްތައް ހިބަ އިޔާދަކުރުމަށް އިންކާރުކޮށްފައި ނުވާތީ އެފަރާތްތަކަށް ދީފައިވާ ހިބަ އިޔާދަކުރެވިދާނެކަމަށ ވެސް ކަނޑައަޅަމެވެ. މި ގޮތަށް ކަނޑައެޅުމުން މުޙައްމަދު އަކްރަމް ފިޔަވާ ދެންތިބި ފަރާތްތަކަށް ދީފައިވާ ހިބަ އަބުރާ ގެންދިއުމަށް ބޭނުންވާކަމަށް ޢަބްދުﷲ ރަފީޤު ބުނެފައިވާތީ މުޙައްމަދު އަކްރަމްއަށް ދީފައިވާ ހިބައިގެ ބައިތައް ފިޔަވާ މިކޯޓުގެ ނިންބަރު 174/S4C/2012 ޤަޟިއްޔާގައި ދީފައިވާ ހިބަ އިޔާދަކުރުމުން އެބައިތަކުގެ މިލްކުވެރިޔަކީ ޢަބްދުﷲ ރަފީޤުކަމުގައ ކަނޑައަޅައި ފީމެވެ." އިސްތިއުނާފު ނުކުތާއާއި ދެކެވުނު ވާހަކާ
8އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އިސްތިއުނާފުކުރާ ފަރާތުން 3 (ތިނެއް) ނުކުތާ ހުށަހަޅާފައިވެއެވެ. މި މައްސަލައިގެ އިސްތިއުނާފު ފޯމުގައިވާ ނުކުތާތަކުގެ ތަފުޞީލާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެކެވުނު މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
9އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ފުރަތަމަ ނުކުތާއަކީ، ދަށުކޯޓުން މި މައްސަލަ ނިންމަވާފައިވަނީ "ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ގވާއިދަ 6"ގެ 145 ވަނަ މާއްދާއާ ޚިލާފަށްކަމަށެވެ. މީގެފަހުން "ޝަރީޢަތްކުރުމާބެހޭ ގަވާއިދު"ކަމަށް ބުނެފައިވާ.
10ޝަރީޢަތްކުރުމާބެހޭ ގަވާއިދު 6ގެ 145 ވަނަ މާއްދާގައި، ބަފަޔަކު ނުވަތަ މަޔަކު ދަރިއަކަށްދީފައިވާ ބަންޑާރަ ގޯއްޗެއްގައިހުރ އިމާރާތާއި ވަޅުފަދަ ތަންތަނުގެހިބަ އަނބުރާ ބަފަޔަކ ނުވަތު މަޔަކު އަތުލާއިރު، އެއްވެސްކަހަލަ އުނިއިތުރެއް އެތަންތަނަށ ނުގެނެސް ހުރިނަމަ ނުވަތަ އުނިއިތުރާމެދު ޝަރުޢީގޮތުން އެ މައްސަލަ ނިންމުމަށްފަހު، ގޯތީގެ ރަޖިސްޓަރީ ބަފަޔކަ ނުވަތު މަޔަކުގެ ނަމަށް ބަދަލު ކުރެވޭނެކަމަށް ބަޔާންކޮށްފައި ވާކަމަށެވެ. މި މާއްދާއަށް ބެލުމުން، މައިންބަފައިން ދަރިންނަށްކުރާ ހިބަ، ރުޖޫޢަ ކުރެވޭނެކަން އެނގޭކަމަށާއި، ހިބަކޮށްފައިވާ އިމަރާތަށް އުނިއިތުރެއް ގެނެސްފައިވާނަމަ، އެފަދަ އުނިއިތުރެއް އަގުކޮށް ބަދަލު ހަމަޖެއްސުމަށްފަހު، މައިންބަފައިންގެ ހުށަހެޅުމާ އެއްގޮތަށް ހިބައަނބުރާ އަތުލަންޖެހޭކަން އެނގޭކަމަށެވެ.
11އެހެންނަމަވެސް، މި މައްސަލަ ޝަރީޢަތުން ނިންމެވުމުގައި، ޢމާރާތަށި އުނިއިތުރެއް ގެނެސްފައިވާކަމުގެ ކާފީހެކިނެތި، އަދި ޝަރީޢަތުން އެކަން ބެއްލެވުމަކާނުލައި މުޙައްމަދު އަކްރަމްއަށް ދީފައިވާ ހިބަ، އަނބުރާ އަތުނުލެވޭނެކަމަށް ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށެވެ.
12ޢަބްދު ﷲ ރަފީޤްގެ ދެވަނަ ނުކުތާއަކީ، މައިންބަފައިން ދަރިންނަށްކުރާ ހިބައަކީ ވަކިހަމަތަކެއްގެ މަތިން އަނބުރާ އަތުލެވޭ ހިބައެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްތިޔާޤ ޙުސައިން ވ. ޢާއިޝަތު އަލްޔާ އިސްތިޔާޤް (2015/HC-A/94) ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާއިރު، އެ ނިންމެވުމާ ޚިލާފަށް މި މައްސަލަ ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ
(ރ)އާ ޚިލާފަށްކަމަށެވެ.
13ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްތިޔާޤް ޙުސައިން މައްސަލައިގައި ކަނޑައަޅާފައިވާ އުޞޫލުގެ ދަށުން، ހިބައިގެ މައްސަލަ ނިމުނުފަހުން އިމާރާތަށް ގެނެސްފައިވަނީ ކޮންކަހަލަ ބަދަލެއްކަން ސާބިތުކުރަންވާނެ މީގެފަހުން "އިސްތިޔާޤ ޙުސައިން މައްސަލަ"ކަމަށް ބުނެފައިވާ. މީގެފަހުން "ބިމާބެހޭ ޤާނޫނު"ކަމަށް ބުނެފައިވާ. ކަމަށެވެ. ނަމަވެސް، އިސްތިއުނާފުކުރާ ފަރާތާއި އެހެން ފަރާތްތަކުންވެސް އިމާރާތަށް ބަދަލެއް ގެނެސްފައި ނުވާކަމަށް ބުނެފައިވާއިރު، މި މައްސަލައިގައި ހިބަ އަނބުރާ އަތުލުމަށް އިޢުތިރާޟުކުރި ފަރާތުން ޝަރީޢަތަށް ދީފައިވާ ބަޔާނުގެ އިތުރުން، އިމާރާތަށް ބަދަލެއް ގެނެސްފައިވޭތޯ ޝަރީޢަތުން ކަށަވަރުކޮށްފައި ނުވާކަމަށެވެ. އެކަން ކަށަވަރު ކުރުމަކާނުލައި، ޢިމާރާތަށް އެއްވެސް ބަދަލެއް ގެނެސްފައިވާކަމަށް ކަނޑަނޭޅޭނެކަން އެނގޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
14ޝަރީޢަތްކުރުމާބެހޭ ގަވާއިދު 6ގެ 145 ވަނަ މާއްދާއާ ޙަވާލާދީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްތިޔާޤް ޙުސައިން މައްސަލައިގެ "ފާހަގަކުރެވުނު ނުކުތު (ބ)ގައި ބަޔާންކޮށްފައިވަނީ، ބަފަޔަކު ދަރިއަކަށް ދީފައިވާ ހިބައަކީ އަނބުރާ އަތުލެވިދާނެ ހިބައެއްކަމާއި، އެކަން ކުރުމުގެ ކުރިން ފުރިހަމަވާންޖެހޭ އިޖުރާއަތަކީ، އިމާރާތަށް ބަދަލެއް ގެނެސްފިނަމަ އެ ބަދަލެއްގެ ކަންކަން ހަމަޖެއްސުންކަމާއި، އަދި އިމާރާތަށް ބަދަލެއް ގެނައުމަކީ އެއްވެސް ހާލެއްގައި ހިބަ އަނބުރާ އަތުލުން މަނާކުރާ ސަބަބެއް ނޫންކަން އެނގޭ"ކަމަށް ބުނެފައިވާކަމަށެވެ. މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ހިބަ އަނބުރާ އަތުލުމާމެދ އިޢުތިރާޟު ކުރަނީ މުޙައްމަދު އަކްރަމް އެކަނިކަމަށެވެ. މުޙައްމަދު އަކްރަމއް ށ ހިބައިން ލިބުނު ބަޔަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަމަށާއި، ބަހުސްގެ ބޭނުމަށް ބަދަލެއް ގެނެސްފައިވާކަމަށް ބެލިނަމަވެސް، އެ ބަދަލަކީ ޝަރުޢީގޮތުން އަގުކޮށް، ދެވިދާނެ ބަދަލެއްކަން އެނގޭތީ، ޢަބްދުﷲ ރަފީޤްގެ ދަޢުވާގައި އެދިފައިވާ ގޮތުގެމަތިން، ހިބައަނބުރާ އަތުލެވެން ނެތްކަމަށް ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ދެކޭކަމަށެވެ.
15ޢަބްދު ﷲ ރަފީޤްގެ ފަރާތުން ދަށުކޯޓަށް ހުށަހެޅި ދަޢުވާގައި ހިބަ އަނބުރާ އަތުލުމަށް ހުށަހަޅާފައިވަނީ، އެ ޤަޟިއްޔާގައި ދީފައިވާ ހިބައަކީ ހުރިހާ ދަރިންގެ މެދުގައި ހަމަހަމަ ނުވާގޮތުގެމަތިން ދީފައިވާ ހިބައަކަށްވާތީ، އެކަމުގެ ސަބަބުން މަޞްލަޙަތު ގެއްލޭތީ، ދަރިންގެ މެދުގައި އިންޞާފު ގާއިމުކުރުމަށް ހިބަ އަނބުރާ ރުޖޫޢަ ކުރެވޭނެތީކަމަށެވެ.
16ޢަބްދު ﷲ ރަފީޤްގެ ފަރާތުން ހުށަހެޅި ދެވަނަ ނުކުތާއަކީ، މައްސަލަ ނިންމެވުމުގައި ޢަބްދުﷲ ރަފީޤް ޝަރީޢަތުގައި ދީފައިވާ ބަޔާނުގައި ބުނެފައިނެތ ވާހަކަތަކެއް އޭނާ ބުނެފައިވާކަމަށް ބަޔާންކޮށް، މުޙައްމަދު އަކްރަމްއަށް ލިބިފައިވާ ހިބައަށް ބަދަލުތަކެއް ގެނެސްފައިވާކަމަށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ، އެކަން ޝަރީޢަތުން ބައްލަވާ ކަށަވަރު ކުރެއްވުމެއްނެތި ކަމަށްވާތީ، ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 211/S4C/2020 ޤަޟިއްޔާގއަ ޙުކުމް ކުރައްވާފައިވަނީ، ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު)ގެ 5 ވަނަ މާއްދާގެ (ށ)ގެ (1) ވަނަ ނަންބަރާ ޚިލާފަށްކަމަށެވެ.
17ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 211/S4C/2020 ޤަޟއްޔި ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ)ގެ (1) ވަނަ ނަންބަރާ ޚިލާފަށް ކަމަށާއި، އެ ޤަޟިއްޔާގެ މަޙުޟަރު 31/3B ގައި، އިސްތިއުނާފުކުރާ ފަރާތުން ހިބަ އަނބުރާ އަތުލަން ބޭނުންވާ ސަބަބަކީ ހިބައިން ދީފައިވާ ބައިތައް ހަމަހަމަ ނުވާތީ ދަރިންގެ މެދުގައި ހަމަހަމަ ނ ގާއިމު ކުރުމށަކަމަށް ބަޔާން ކޮށްފައިވާކަމަށެވެ. ޙަވާލާދީފައިވާ ބަޔާނުގައިވަނީ ހުރިހާ ދަރިންގެ އަތުން ހިބަ އަތުލުން ކަމަށްވާއިރު، މުޙައްމަދު އަކްރަމް ފިޔަވައި ބާކީތިބި 5 (ފަހެއް) ދަރިންނަށް ދީފައިވާ ހިބަ އަނބުރާ އަތުލަނ ބޭނުންވާކަމަށް ބަޔާންކޮށްފައިވަނީ، ޝަރީޢަތުގައި ދީފައިވާ ބަޔާނާ ޚިލާފަށްކަމަށާއި، މިއީ ޝަރީޢަތްކުރުމުގައި ފަނޑިޔާރުން ޢަމަލު ކުރަންޖެހޭނެކަމަށް ފަނޑިޔާރުންގެ ޤާނޫނުގައި ބަޔާންކުރާ އޞުލ ޚިލާފަށާ މައްސަލް ނިންމެވުންކަމަށް ޢަބްދުﷲ ރަފީޤްގެ ފަރާތުން ދެކޭކަމަށެވެ.
18ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 211/S4C/2020 ޤަޟިއްޔާގައި، މުޙައްމަދު އަކްރަމްގެ ބައި އަތުނުލެވޭނެކަމަށް ކަނޑައަޅާފައިވުމުން، މިހާރު ގޯތި ބައިކޮށްފައިވާ ފަދައިން ދެމިއޮންނަ މީގެފަހުން "ފަނޑިޔާރުންގެ ޤާނޫނު"ކަމަށް ބުނެފައިވާ. ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 211/S4C/2020 ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތުން ކޯޓަށް ލިޔުމުން ދީފައިވާ ބަޔާން. ޙާ ލަތުގައި، އިސްތިއުނާފުކުރާ ފަރާތް ނިޔައުވުމުން އިސްތިއުނާފުކުރާ ފަރާތުގެ ނަމުގައިވާ ބައިންވެސް މުޙައްމަދު އަކްރަމްއަށ ބައެއް ލިބޭނެކަމަށާއި، މި މައްސަލަ ހުށަހެޅީ ދަރިންގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމަށް ކަމުގައިވާއިރު، މައްސަލަ ނިންމަވާފައިވާގޮތުނ މައްސަލް ހުށަހެޅުމުގަ މަޤުޞަދު ގެއްލިފައިވާކަމަށާއި، މި ސަބަބަށްޓަކައި ހިބައިން ދީފައިވާ ހުރިހާބައެއް އަނބުރާ ރުޖޫޢަކުރެވެން ޖެހޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށެވެ.
19ޢަބްދު ﷲ ރަފީޤްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ސ. ފޭދޫ، […] ޢަބްދުﷲ ރަފީޤު ދަރިންނަށް ހިބައިންދީ، މިލްކުވެފައިވާކަމަށް ސ. ފޭދޫ މެޖިސްޓްރޭޓްކޯޓްގެ ނަންބަރު 174/S4C/2012 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާއިރު، އެއަށްފަހު އާމިނަތު ނާފިޢާ ފިޔަވައި އެއްވެސް ފަރާތަކުން ވަކިރަޖިސްޓަރީ އެއްވެސް ހައްދާފައި ނުވާކަމަށެވެ. އަދި އާމިނަތު ނާފިޢާގެބައި ފިޔަވައި ދެންއޮތް ރަޖިސްޓަރީވެސްއޮތީ ޢަބްދުﷲ ރަފީޤް ގެ ނަމުގައި ކަމަށްވުމުން، މިހިބަ އަނބުރާ އަތުލުމަށް ޤާނޫނީ ނުވަތަ ޝަރުޢީގޮތުން ހުރަހެއް ނެތްކަމަށެވެ.
20އިސްތިއުނާފު ކޮށްފައިވާ މައްސަލައިގައި، މުޙައްމަދު އަކްރަމްއަށް ލިބިފައިވާތަނަށް ބަދަލުތަކެއް ގެނެސްފައިވާކަމަށް ބުނުމުންއެއީ ޙަޤީޤަތާ ޚިލާފު ވާހަކައެއްކަން ޝަރީޢަތުގައި ބަޔާންކުރުމުން، އޭނާބުނާ ބުނުމެއް ފިޔަވައި އެކަން ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް ޝަރީޢަތަށް ހުށަހަޅާފައި ނުވާކަން އެނގޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
21އިސްތިއުނާފު ރައްދުވާ ފަރާތުން ޖަވާބުދިނުމަށްފަހ ދެވުނު ފުރުޞަތުގައި، މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުގެ މައިގަނޑު އެއްއަސާސަކީ މުޙައްމަދު އަކްރަމް ގޯއްޗަށް ބަދަލުތަކެއް ގެނެއްސފައްވާކަމަށް މުޙައްމަދު އަކްރަމްގެ ބަޔާނުގައި ބުނާބުނުމަށް ބިނާކޮށް ފޭދޫކޯޓުން މައްސަލަ ނިންމަވާފައިވުންކަމަށް ބުނެފައިވެއެވެ. އަދި މި މައްސަލަ ހުށަހެޅީ ހުރިހާކުދިންގެހިބަ އަނބުރާ ގެނައުމަށްކަމަށާއި، ވަކިކުއްޖެއްގެހިބަ އަނބުރާ ނުގެނެވޭކަމުގައިވާނަމަ މި މައްސަލަ ކުރިއަށްގެންދަން ބޭނުންނުވާކަމަށާއި، އެކަމާގުޅޭގޮތުނ ޝަރީޢަތުން ސުވާލުކުރުމަކާނުލައި މައްސަލައިގައި ގޮތްކަނޑައެޅުއްވުމުން މަޤުޞަދު ޙާޞިލުނުވާކަމަށް ބުނެފައިވެއެވެ.
22މައްސަލައިގެ އަޑުއެހުމުގައި ފަނޑިޔާރުން ކޮށްފައިވާ ސުވާލާ ގުޅިގެން ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި އެވަނީއެވެ.
1.22. މި މައްސަލައިގައި ޢަބްދު ﷲ ރަފީޤްގެ ބިމުގެ 7 (ހަތެއް) ބައިކޮށްފަ އެއްބަޔަކީ ހިބައިންދިން ބައެއްނޫންކަމަށްވާއިރު، އެބައިވެސ ހިބައިން އަތުލާބައިގެ ތެރެއަށް ވައްދާފައިވަނީ ކީއްވެގެންތޯ ސުވާލުކުރުމުން، ޢާއްމުގޮތެއްގައި ހިބައިގެ މައްސަލަތަކުގައި އިޢުތިރާޟެއް އޮތްތޯނެތްތޯ ބެލުމަށްޓަކައި އަނބިމީހާ ނުވަތަ ދަރިން ހިމަނަންޖެހޭކަމަށާއި، މައްސަލައިގެ ޚަޞްމެއްގެގޮތުގައި ޚަދީޖާ ނޞަ ރާގީ ބަޔާނެއް ފޭދޫކޯޓުގައި ނަގާފައިވާކަމަށް ބުނެފައިވެއެވެ.
2.22. 3 ނަންބަރުގޯތި ހިބައިން ދީފައިވޭތޯ ޝަރީޢަތުން ސުވާލުކުރުމުން، އެބައި ސާފުކުރަންޖެހޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. ޚަދީޖާ ނަޞީރާއާ ސުވާލުކުރުމުން ހިބަޤަބޫލުކޮށްފައި ނުވާކަމަށް ބުނެފައިވެއެވެ. އެބަޔަކީ މަންމައާއިބައްޕަ ދިރިއުޅުމަށްޓަކައި ނެގިބައިކަމަށާއި، އެއީ ހިބައިންދިންބައެއ ނޫންކަމަށް މުޙައްމަދް އަކްރަމް ބުނެފައިވެއެވެ. ދަށުކޯޓުގެ ޤަޟިއްޔާއާ ގުޅިގެން، 03 މާރިޗް 2021 ދުވަހު ޚަދީޖާ ނަޞީރާގެ ބަޔާނެއްނަގައ މި މައްސަލައިގައި ބަހެއްހޯދާފައި ވާކަމަށާއި، އެހެންވެ އިސްތިއުނާފު ފޯމުގައި މައްސަލަ ރައްދުވާ ފަރާތެއްގެގޮތުގައި ހިމަނާފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
3.22. އިސްތިއުނާފުކުރާ ފަރާތުގެ ހުށަހެޅުމަކީ، އެތަނަށް ބަދަލު ގެނެސްފައިވާކަން ދަށުކޯޓުން ކަށަވަރުކުރަން ޖެހޭނެ ކަމަށް ބުނެފައިވާއިރު، މި އިސްތިއުނާފީ މައްސަލައިގައި ތަޙުވީލުކުރުމަށް އެދުމުގެ ބަދަލުގައި ގޮތެއްނިންމުމަށް އެދިފައިވަނީ ކީއްވެތޯ ޝަރީޢަތުން ސުވާލުކުރުމުން، މަޢުލޫމާތު ލިބިފައިވަނީ ހިބައަށް ބަދަލުގެނެސްފައި ނުވާކަމަށްކަމަށާއި، އިސްތިއުނާފު މަރުޙަލާގެ ތެރެއިން އެކަ މުގެ އޮޅުންފިލައިފިނަމަ އިތުރަށް އެކަންކަށަވަރުކުރާނެ ފުރުޞަތު ނެތްކަމަށް ދެކޭކަމަށް ޢަބްދުﷲ ރަފީޤގެ ފަރާތުން ބުނެފައިވެއެވެ.
4.22. ބުނެވިދިޔަ ސުވާލުގެ ޖަވާބާ ގުޅުވައި، މިހާރު ޙާޟިރުވެތިބި މީހުން ފިޔަވައި އިތުރު ބައެއްގެ ބަހެއް ހޯދުމަކާނުލައި ހިބައަށް ބަދަލުގެނެސްފައިވޭތ ބެލިދާނެތޯ ޝަރީޢަތުން ސުވާލުކުރުމުން، ޙާޟިރުވެތިބި މީހުންގެ ކިބައިން ސާފުކުރެވޭނެކަމަށް ދެކޭކަމަށް
5.22. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ ޤަޟިއްޔާގެ 15 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ކަންކަމަށް ބައްލަވައި، ފަނޑިޔާރުގެ އިޚްތިޔާރު ބޭނުންކުރެއްވުމުގައި ހެއްދެވި ގޯހަކީ ކޮބައިތޯ ޝަރީޢަތުން ސުވާލުކުރުމުން، ހިބަދިނުމަށްފަހު މައިންބަފައިންނަށް ހިބައަނބުރާ އަތުނުލެވޭނެ ޙާލަތަކީ ތަނަށް ބަދަލެއް ގެނސްފައިވުނެ ކަމަށާއި، މި މައްސަލައިގައި ތަނަށް ބަދަލެއް ގެނެސްފައި ނުވާކަމަށާއި، ބަދަލެއް ގެނެސްފައި އޮތްކަމުގައި ވީނަމަވެސް، ބަދަލު ގެނެސްފައިވާ ފަރާތަށް އަގުއަދާކުރުމަށްފަހު، ހަމަހަމަކަން ގާއިމުކުރުމަށްޓަކައި، ހިބައަނބުރާ ގެނައުމަކީ އެންމެރަނގަޅު ގޮތްކަމަށް ދެކޭކަމަށް އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް
23އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ފޯމުގައި އެދިފައިވަނީ ތިރީގައިވާގޮތަށެވެ. "ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 211/S4C/2020 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްވާތީ އެ ޤަޟިއްޔާގެ ޙުކުމް ބާޠިލކޮށްދެއްވް އ، އަދި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 211/S4C/2020 ޤަޟިއްޔާއިން ސ.ފޭދޫ ފިނިފެންމާގެ ޢަބްދުﷲ ރަފީޤު އޭނާގެ ދަރިންނަށް ދީފައިވާ ހިބަ އަނބުރާ އަތުލުމަށް އެދި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ނަންބަރު 211/S4C/2020 ޤަޟިއްޔާއާ ގުޅިގެން ސ.ފޭދޫ ފިނިފެންމާގެ އެވެކިޔާ ބަންޑާރަ ގޯތީގެ މިހާރު މިލްކުރެވިއަކީ ޢަބްދުﷲ ރަފީޤުކަމަށް ކަނޑައަޅުއްވައި ދެއްވއަ ޙުކުމްކޮށް ދެއްވުން."
24އިސްތިއުނާފުކުރާ ފަރާތގު ފޯމުގައި އެދިފައިވާގޮތް އިޞްލާޙުކުރުމަށް ޝަރީޢަތުގެ މަޖިލީހުގައި އެދިފައިވެއެވެ. އެގޮތުން، މި މައްސަލައިގައި މުޙައްމަދު އަކްރަމގެބައް އަތުނުލެވޭނެކަމަށް ކަނޑައަޅާފައިވާބައި ބާޠިލުކުރުމަށް އެދޭކަމަށާއި، އޭރުން މުޅިމައްސަލައިގައ ބޭނުންވި ނަތީޖާ ޙާޞިލުވާނެކަމަށ ދެކޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. އިސްތިއުނާފު ރައްދުވާފަރާތތަކުން ޝަރީޢަތުގެ މަޖިލީހުގައް ދައްކާފައިވާ ވާހަކަ
25މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ލިޔުމުން ޖަވާބު ހުށަހަޅާފައިނުވެއެވެ. އަދި މި މައްސަލައާ ގުޅިގެން ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި، އިސްތިއުނާފު ނުކުތާތައް ހުށަހެޅުމަށްފަހު އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ޖަވާބުދިނުމަށް ފުރުޞަތު ދެވިފައިވެއެވެ. އެގޮތުން އެރުވުނު ފުރުޞަތުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ޖަވާބުދީފައިވަނީ ތިރީގައިވާގޮތަށެވެ.
1.25. ޢަލީ ޢަރުޙަމ އެދެން ބައްޕަ ހުށަހަޅާފައިވގޮތަށް ހުރިހާ ކުދިންގެ މެދުގައި ފިތުނަ ނުއުފެދާ ހަމަހަމަކަން ގާއިމުކުރަން ކަމަށާއި، ބައްޕަ އެދިފައިވާގޮތަށް ހިބަ އަނބުރާ ގެންދިޔުމަށްކަމަށް
2.25. ފާޠިމަތު ނާޞިރާވެސ އެދެން ހުރިހާކުދިންގެ މެދުގައި ހަމަހަމައަށް ބައްޕަގެގޯތި ބެހުމަށްކަމަށެވެ. އަދި ހަމަހަމައަށް ގޯތިނުބެހުނުކަމުގައި ވީނަމަވެސް، ފާޠިމަތު ނާޞިރާއަށް ހިބައިން ދީފައިވާބައި ބައްޕައަށް އަނބުރާ ދިނުމށ އިޢުތިރާޟް ނުކުރާކަމަށް ބުނެފައިވެއެވެ.
3.25. އަޙްމަދު އަސޢްދުވެސ އެދެން ހަމަހަމަކަން ކަމަށާއި، ބައްޕަގެ މުދަލަކީ އަނބުރާ ނެގޭނެ އެއްޗެއްކަމަށް ދެކޭކަމަށާއި، ބައްޕަ ހުށަހަޅާފައިވާގޮތަށް ޢަމަލުކުރަން އެދޭކަމަށް
4.25. ޢާއިޝަތު ނފިޢާއަށް ދީފައިވާ ހިބަ އަނބުރާ އަތުލުމަށް އިޢުތިރާޟު ނުކުރާކަމަށް
5.25. އާމިނަތު ނާފިޢާއަށް ލިބުނުބައި ރަޖިސްޓަރީކޮށް ބަދަލެއް ގެނެސްފައިވާކަމަށާއި، އެހެންނަމަވެސް ބައްޕަ ދީފައިވާ ހިބަ އަނބުރާ ގެންދިޔުމަށް އިޢުތިރާޟު ނުކުރާކަމަށް
6.25. ޚަދީޖާ ނަޞީރއަކީ ކުދިންގެ މަންމަކަމަށާއި، ކުދިންގެ މެދުގައި ހަމަހަމަކޮށް ގޯތިބެހޭނެގޮތެއް ހަމަޖެއްސުމަށް އެދޭކަމަށް ބުނެފައިވެއެވެ.
7.25. މުޙައްމަދު އަކްރަމްއަކީ ބައްޕަގެ އެންމެދޮށީ ފިރިހެން ދަރިފުޅުކަމަށާއި، ބައްޕަގެ ހެޔޮހާލުގައި ހިބައިން ބިންދީފައިވާކަމަށެވެ. ތަނަށް ބަދަލު ގެނެސްފައިވާ ވާހަކަ ޝަރީޢަތުގައި ދެކެވިފައިވާކަމަށވެ. އަދި ހަމަހަމއަށަ ބެހުމާގުޅޭގޮތުން އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ އެހެން ފަރާތްތަކުން ހަމަހަމައަށް ބަހާވާހަކަ ދައްކަނީ، ވާރިސެއްގެގޮތުން އިތުރުބައެއް ލިބިދާނެތީކަމަށް ދެކޭކަމަށާއި، އެއްވެސް ޙާލެއްގައި އިތުރަށް ބޭނުންނުވާކަމަށާއި، ބައްޕަ ދީފައިވާތަން ފިޔަވައި އިތުރުތަނެއް މުޙައްމަދު އަކްރަމް ބޭނުންނުވާކަމަށާއި، އެ ޔަޤީންކަން އަރުވާކަމަށް ބުނެފައިވެއެވެ. އަސްލު މައްސަލައަކީ އަރުޙަމްއަށް ލިބިފައިވާބައި އަކަފޫޓު ހަމަވިނަމަވެސް ހަނިވުންކަމަށެވެ. މުޙައްމަދު އަކްރަމްއަށް ދީފައިވާހިބަ އަނބުރާ ދޭންޖެހޭކަމަށް ނުދެކޭކަމަށް ބުނެފައިވެއެވެ.
26އިސްތިއުނާފުކުރާ ފަރާތުން ރައްދު ދިނުމަށްފަހު، އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ދެވުނު ފުރުޞަތުގައި، މައްސަލައިގެ މައުޟޫޢުކަމުގައވާ، ހިބައަނބުރާ އަތުލުމާ ގުޅޭގޮތުން އައުކަމެއް ފާހަގަކޮށްފައިނުވެއެވެ.
27ޝަރީޢަތުން އިސްތިއުނާފުކުރާ ފަރާތާ ކުރެވުނު ސުވާލުތަކާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތްތަކާ ވަކިވަކިން ސުވާލުކުރުމުން، ޢަލީ އަރުޙަމްއާއި، ފާޠިމަތު ނާޞިރާއާއި، ޢާއިޝަތު ނާޢިމާއާއި، އަޙްމަދު އަސްޢަދުއާއި، އާމިނަތު ނާފިޢާއާއި، ޚަދީޖާ ނަޞީރާގެ ފަރާތުން އިތުރު އައުވާހަކައެއް ދައްކާފައިނުވެއެވެ.
28މުޙައްމަދު އަކްރަމްއަށް ދެވުނުފުރުޞަތުގައި، ދަށުކޯޓުގެ ޝަރީޢަތުގައި ބޭއިންސާފުން ކަމެއްހިނގާފައިވާކަމަށ ނުވަތް ފުށުއެރުމެއް އޮތްކަމަށް ނުދެކޭކަމަށާއި، އެ ނިންމުން ގަބޫލުކުރާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުނ އެދޭގޮތް
29އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ތެރެއިން ޢަލީ އަރުޙަމްއާއި، ފާޠިމަތު ނާޞިރާއާއި، ޢާއިޝަތު ނާޢިމާއާއި، އަޙްމަދު އަސްޢަދުއާއި، އާމިނަތު ނާފިޢާއާއި، ޚަދީޖާ ނަޞީރުގެ ފަރާތުނާ އެދިފައިވަނީ، ޢަބްދުﷲ ރަފީޤްގެ ފަރާތުން އެދިފައިވާގޮތަށް މައްސަލަ ނިންމއިދިނުމަ ށާއި، ހިބަ އަނބުރާ ރުޖޫޢަކުރުމަށް އިޢުތިރާޟު ނުކުރާކަމަށެވެ.
30މުޙައްމަދު އަކް ރަމްގެ ފަރާތުން ބުނެފައިވަނީ އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ ދަށުކޯޓުގެ ނިންމުމަށް ތއާދުކުރާކަމަށާއި، ހިބަ އަނބުރާ ރުޖޫޢަކުރަން އިޢުތިރާޟު ކުރާކަމަ ށެވެ.
ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް
31މި މައްސަލައިގެ ލިޔުންތަކުގެ މައްޗަށް ބިނާކޮށް މައްސަލައިގައި ކަންހިނގާފައިވާގޮތުގެ ތެރެއިން މުހިއްމު ކަންކަން ތިރީގައި ބަޔާންކުރަމެވެ.
1.31. އިސްތިއުނާފުކުރާ ފަރާތްކަމުގައި ވާ ޢަބްދުﷲ ރަފީޤގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ސ. ފޭދޫ ފިނިފެންމާގެ އެވެކިޔާ ގޯތި، 7 (ހަތެއް) ބަޔަށްބައިކޮށް، ޢަބްދުﷲ ރަފީޤގް 6 (ހައެއް) ދަރިންނަށް 6 (ހައެއް)ބައި ހިބަކޮށްދިނުމުގ މައްސަލެ ބައްލަވާފައިވަނީ އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓްކޯޓްގެ ނަންބަރު 174/S4C/2012 ޤަޟިއްޔާއިންނެވެ. އެ ޤަޟިއްޔާއަކީ އެއްވެސް ފަރާތަކުން އިސްތިއުނާފު ކޮށްފައިވާ މައްސަލައަކަށްނުވާތީ، މިއީ ނިހާއީ ނިންމުމެއްކަމަށް ޤާނޫނީ ހަމަތަކުން ބަލަންޖެހޭ އިރު، ހިބައިގެ ޞައްޙަކަމާމެދު މި މައްސަލައިގައި ޤާނޫނީ ބަހުސެއްނެތެވެ.
2.31. އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓްކޯޓް ގެ ނަންބަރު 174/S4C/2012 ޤަޟިއްޔާ 13 ޖޫން 3201 ދުވަހު ނިންމެވުމުގެ ގާތްގަނޑަކަށް 8 (އަށެއް) އަހަރު ފަހުން، އެ ޤަޟިއްޔާއިން ދީފައިވާހިބަ އަނބުރާ އަތުލުމަށް އެދޭކަމަށްބުނެ ޢަބްދުﷲ ރަފީޤްގެ ފަރާތުން 13 ޑިސެމްބަރު 2020 ދުވަހު ހުށަހެޅި މައްސަލަ ބަލާފައިވަނީ އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 211/S4C/2020 ޤަޟިއްޔާއިންނެވެ.
3.31. އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 211/S4C/2020 ޤަޟިއްޔާގައި، އިސްތިއުނާފުކުރާ ފަރާތުގެ 6 (ހައެއް) ދަރިންގެ ތެރެއިން މުޙައްމަދު އަކްރަމް ފިޔަވައި އެހެންކުދިން ހިބަ އަނބުރާ ދިނުމަށް އިޢުތިރާޟުކޮށްފައި ނުވާތީއާއި، މުޙައްމަދު އަކްރަމްއަށް ހިބައިން ދިންބަޔަށ ބަދަލް ގެނެސްފައިވާތީ، މުޙައްމަދު އަކްރަމްގެބައި ފިޔަވައި ދެންތިބި 5 (ފަހެއް) ދަރިންނަށް ދީފައިވާ ހިބަ އިއާދަކޮށް މައްސަލަ ނިންމަވާފައިވެއެވެ.
32މި ނިންމުމުގެ ނުކުތާ 21 ގައި، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 211/S4C/2020 ޤަޟިއްޔާ ހުށަހަޅާފައިވަނީ ހުރިހާ ދަރިންގެ ކިބައިން ހިބައަނބުރާ އަތުލުމަށްކަމަށާއި، ހުރިހާ ކުދިންގެ ކިބައިން އަތުނުލެވޭނަމ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާއިރު، އިސްތިއުނާފުކުރާ ފަރާތުން އެފަދައިން ޝަރީޢަތުގައި އެދިފައިވާކަން މައްސަލައިގެ އެއްވެސް ލިޔެކިޔުމަކުން ނުވަތަ މައްސަލައިގެ އަޑުއެހުމުގެ ރެކޯޑިންގއަކުންވެސް އެނގޭކަށްނެތެވެ. މީގެއިތުރުން، މި ނިންމުމުގެ 14 ވަނަ ނުކުތާގައި، މައިންބަފައިން ހިބައިން ދީފައިވާބަޔަށް ބަދަލު ގެނެސްފައިވާނަމަ، ހިބަލިބި ފައިވާ ފަރާތުން އިންކާރުކުރާ ޙާލަތުގައިވެސް ބަދަލު ދިނުމަށްފަހު ހިބަ އަނބުރާ އަތުލެވޭނެ މޭރުމުން، މި އިސްތިއުނާފީ ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަކީ ދަށުކޯޓުގައި ދައްކާފައިވާ ވާހަކައެއް ނޫންކަން، މައްސަލައިގެ އެންމެހައި ލިޔުންތަކުން އެނގެއެވެ. ޢަބްދުﷲ ރަފީޤްގެ ފަރާތުން ޝަރީޢަތށަ ގިނަފަހަރު ޙާޟިރުވެފައިވަނީ ޤާނޫނީ ވަކީލެވެ. ހައިކޯޓުގެ ޤަވާޢިދު 2011ގެ 44 ވަނަ މާއްދާގައި، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބަލާނީ ދަށުކޯޓުގައި ނުވަތަ ޓްރައިބިއުނަލްގައި ހުށަހެޅިފައިވާ ކަންކަމަކީ އަސާސްކަމަށް ބަލައިގެންކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، ބުނެވިދިޔަ ހުށަހެޅުމަކީ ދަށުކޯޓުގައި ޢަބްދުﷲ ރަފީޤްގެ ފަރާތުން ހުށަހެޅުމުގެ ފުރުޞަތުއޮވެ ހުށަހަޅާފައިނުވާ ކަމަކަށްވުމާއެކު، މި ޤަޟިއްޔާގައި އެކަންކަމަށް އިތުރަށް ރިޢާޔަތް ކުރަންޖެހޭ ޤާނޫނީ ސަބަބެއްނެތެވެ.
33ހިބައިން ދިނުމަކީ ދިރިހުރި މީހެއްގެ މުދަލެއް ދިރިހުރި އެހެން މީހަކަށް އެއްވެސް މުޤާބިލެއް ނުވަތަ ޝަރުޠެއްނެތި ހިތުން ރުހުމުން ދިނުމެވެ. ބިމާގުޅުންހުރި ހިބައިގެ މައްސަލަތަކުގައި ޝަރީޢަތުން ޢާއްމުކޮށް ރިޢާޔަތްކުރަނީ ބިމާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހަދާފައިވާ "ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވާޢިދު"އާއި ޝަރުޢީ ކޯޓުތަކުގެ ނިންމުންތަކަށެވެ.
34ބިމާބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ހިބައާއި ވަޞިއްޔަތުން ދިނުމުގެ ގަވާއިދުގެ 9 ވަނަ މާއްދާގައި، ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯއްޗެއްގައިވާ ޢިމާރާތެއް ނުވަތަ ޢިމާރާތުން ބައެއް ހިބައިން ދިނުމަށް ޝަރުޢީ ކޯޓަށް ހުށަހަޅަންޖެހޭކަމަށް ބުނެފައިވެއެވެ. އަދި އެ ގަވާއިދުގެ 10 ވަނަ މާއްދާގައި، ހިބައިން ދިނުމުގެ މައްސަލަތަކުގައި، ޞައްޙަ ހިބައަކުން މުދއަ ލިބިއްޖެކަމަށް ޝަރީޢަތުން ޙުކުމް ކުރުމުން، ހިބައިން ލިބުނު ފަރާތަށް ބިން ރަޖިސްޓަރީ ކޮށްދެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ. މާނައަކީ، ހިބައިގެ މައްސަލައިގައި ޝަރީޢަތުން ޙުކުމް ކުރުމުގެ ޤާނޫނީ ނަތީޖާއަކީ، ބިން ނުވަތަ ޢިމާރާތް ހިބައިން ދިންފަރާތުގެ ކިބައިގައިއޮތް މިލްކުވެރިކަމުގެ ޙައްޤު، ހިބަ ގަބޫލުކުރި ފަރާތަށް ބަދަލުވުމެވެ. އަދި ބުނެވިދިޔަ ގޮތުގެމަތިން ހިބަ ލިބުނު ފަރާތަށް ބިމުގެ ރަޖިސްޓަރީ ބަދަލުކުރުމަކީ އިދާރީ ކަމއްކަމެ ވެ. ޙުސްނުއްސުޢޫދު، "ދިވެހިރާއްޖޭހެ ބިމާބެހޭ ތަރުތީބު"، މޯލްޑިވްސް ލޯ އިންސްޓިޓިއުޓް، ޞ. 109. މީގެފަހުން "ހިބައާއި ވަޞިއްޔަތުން ދިނުމުގެ ގަވާއިދު"ކަމަށް ބުނެފައިވާ.
35މިގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު އިބްރާހީމް ޒާހިރު ވ. އާދަމް ސަމްސާދު އަދި އިތުރު 2 މީހުން (2022/HC-A/354) ޤަޟިއްޔާގެ 40 އަދި 41 ވަނަ ނުކުތާގައި، ހިބައިން ދޭހިނދުން ފެށިގެން މިލްކުވެރިކަން ބަދަލުވާނެކަމަށާއި، އެއާއެއްގޮތަށް ރަޖިސްޓަރީ ބަދަލު ކުރުމަކީ އިދާރީކަމެއްކަމަށާއި، ރަޖިސްޓަރީ ބަދަލުނުކުރުމަކީ ހިބައަނބުރާ އަތުލެވޭފަދަ ސަބަބެއް ނޫންކަމަށް ކަނޑައަޅާފައިވެއެވެ. އަދި ދަރިންނަށް ހިބަކޮށްފައިވާ ޢިމާރާތަކަށ މައިންބަފައިން ގެންނަ އުނިއިތުރަކީ ދަރިންނަށްކުރެވޭ ތަބައްރުއެއްކަމަށް ކަނޑައަޅާފައިވެއެވެ.
36އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓްކޯޓްގެ ނަންބަރު 174/S4C/2012 ޤަޟިއްޔާގެ ޙުކުމުގައި، އެ ޤަޟިއްޔާގައި ކޮށްފައިވާހިބަ ގަބޫލުކޮށްފައިވާތީ، އެ ހިބައަކީ ޞައްޙަ ހިބައެއްކަމަށް ކަނޑައަޅައި، އެ ރިޕޯޓުގައި ހިމަނާފައިވާ ޗާޓުގައި އެ ފަރާތެއްގެ ނަމުގައި ޖައްސާފައިވާ ބަންޑާރަ ގޯއްޗަށް ދަރަހަނައި ތަންތަނާއި ތަކެއްޗަކީ، 13 ޖޫން 1320 ދުވަހުން ފެށިގެން އެ ފަރާތްތަކަށް މިލްކުވެގެންވާ ތަންތަނާއި ތަކެތިކަމުގައި ބަޔާންކޮށްފައިވެއެވެ.
37މި ނިންމު މުގެ ނުކުތާ 8 އިން 22 އަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުގެ މައިގަނޑު ޝަކުވާއަކީ، އިސްތިއުނާފު ރައްދުވާ މުޙައްމަދު އަކްރަމްއަށް ޢަބްދުﷲ ރަފީޤް ކުރިންދިންހިބަ އަނބުރާ އަތުނުލެވޭނެކަމަށް ނިންމަވާފައިވަނީ ރަނގަޅަށް ނޫންކަމަށެވެ. އަދި އެގޮތަށްދެކޭ ސަބަބަކީ، މުޙައްމަދު އަކްރަމްއަށ ހިބައިން ލިބިފައިވާބަޔަށް ބަދަލެއްގެނެސްފައި ނުވާތީކަމަށާއި، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 211/S4C/2020 ޤަޟިއްޔާގައި ހިބައަށް ބަދަލު ގެނެސްފައިވާކަމަށް ކަނޑައަޅުއްވާފައިވަނީ މުޙައްމަދު އަކްރަމްގެ ބަހުގެ މައްޗަށް ކަމަށްވާއިރު، އެކަން އެކަށީގެންވާ ގޮތެއްގައި ކަށަވަރު ކޮށްފައިނުވތީކަމަށެވެ.
38ބުނެވިދިޔަ ގޮތުގެމަތިން މުޙައްމަދު އަކްރަމްއަށ ހިބައިން ދީފައިވާބަޔަށް ބަދަލު ގެނެސްފައިވާކަން އިތުރަށް ކަށަވަރު ކުރަންޖެހޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާއިރު، އިސްތިއުނާފީ މައްސަލަ ތަޙުވީލުކުރުމަށް ޢަބްދުﷲ ރަފީޤްގެ ފަރާތުން އެދިފައިނުވެއެވެ. އަދި ޢަބްދުﷲ ރަފީޤްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ކިބައިން އެކަން ދިވެހިރާއްޖޭގެ ހައިކޯޓުގައި ކަށަވަރު ކުރެވޭނެކަމަށެވެ.
39މި މައްސަލައިގައި އުފެދިފައިވާ ފުރަތަމަ ސުވާލަކީ، މައިންބަފައިން ގެ މިލްކުގައިވާ ގޯއްޗަކުން ދަރިނނާއެކުކުރް ހިބައިގެ މުޢާމަލާތް ޝަރީޢަތް މެދުވެރިކޮށް ނިންމުމަށްފަހު، އެހިބަ ދަރިންގެކިބައިން އަނބުރާ އަތުލެވިދާނެތޯއާއި އަތުލެވޭނަމަ އެފަދައިން ޢަމަލުކުރެވޭނީ ކޮންޙާލަތެއްގައިތޯއެވެ. އިސްތިއުނާފުކުރާ ފަރާތުންވެސް ބުނެފައިވާ ފަދައިން، މިކަމާގުޅޭ ޤާނޫނީ އުޞޫލު ބަޔާންކޮށްފައިވަނީ ޝަރީޢަތްކުރުމބެހާ ގަވާއިދު 6ގެ 145 ވަނަ މާއްދާގައެވެ.
40ޝަރީޢަތްކުރުމބެހާ ގަވާއިދު 6ގެ 145 ވަނަ މާއްދާގައި، ބަފަޔަކ ނުވަތު މަޔަކު ދަރިއަކަށް ދީފައިވާ ބަންޑާރަ ގޯއްޗެއްގައިހުރި އިމާރާތާއި ވަޅުފަދަ ތަންތަނުގެ ހިބަ އަނބުރާ ބަފަޔަކު ނުވަތަ މަޔަކު އަތުލާއިރު އެއްވެސްކަހަލަ އުނިއިތުރެއް އެތަނަށް ނުގެނެސް ހުރިނަމަ ނުވަތަ އުނިއިތުރާމެދު ޝަރުޢީގޮތުން އެ މައްސަލަ ނިންމުމަށްފަހު، ގޯތީގެ ރަޖިސްޓަރީ ބަފަޔަކ ނުވަތު މަޔަކުގެނަމަށް ބަދަލުކުރެވޭނެކަމަށް ބުނެފައިވެއެވެ. މީގެމާނައަކީ، މަޔަކ ނުވަތު ބަފަޔަކު ދަރިއަކަށްދީފައިވާ ހިބަ އަނބުރާ އަތުލެވޭނީ އެކަމަށް ދަރިއަކު އިންކާރު ނުކުރާ ޙާލަތުގައި، އަދި އހިބައިގެ މުދަލަށް ޝަރީޢަތުން ޢަދުލުވެރި ބަދަލު ދިނުމަށްފަހުކަމަށް ދެކެމެވެ. މި ދެޝަރުޠު ފުރިހަމަވުން ލާޒިމުކަމަށަ ދެކެމެވެ.
41ބިމާބެހޭ ޤާނޫނަށް ޢަމަލުކުރުމުގެ ކުރިން، ޝަރުޢީ އުޞޫލުތަކުގެ މައްޗަށް ބިނާކޮށް ދިވެހިރާއްޖޭގައި ހިބައާއި ވަޞިއްޔަތުގެ މުޢާމަލާތް ކުރަމުން އައިސްފައިވެއެވެ. އަދި ބިމާބެހޭ ޤާނޫނުގައި، ހިބައަށް ޙަވާލާ ދީފައިވުމުން، ހިބައިގެ މުޢާމަލާތަށް ޤާނޫނީ ހައިސިއްޔަތު ލިބިދީފައިވާއިރު، ހިބައިގެ މުޢާމަލާތެއް ފުރިހަމަވުމުގެ ޝަރުޠުތައް ބިމާބެހޭ ޤާނޫނުން ސާފުވާކަށްނެތެވެ.
42އެހެންނަމަވެސް، ޤާނޫނު ނަންބަރ 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު)ގެ 4 ވަނަ މާއްދާގައި، ޤާނޫނުން އެހެން ގޮތަކަށް ކަނޑަނާޅާނަމަ ކޮންޓްރެކްޓަކީ ވަކިމިވެނި ގޮތަކަށްއޮތުނ ލާޒިމް އެއްޗެއް ނޫންކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެ ޤާނޫނުގެ 5 ވަނަ މާއްދާގައި، އެ ޤާނޫނުގައި ބުނެފައިވާ ގޮތުގެމަތިން، އެކަކު އަނެކަކަށް ހުށަހަޅާ ހުށަހެޅުން ރައްދުވީ ފަރާތުން ގަބޫލުކުރުމުނ ކޮންޓްރެކްޓް ކުރެވުނީއެވެ. މި ދެމާއްދާ އެކުއެކީގައި ކިޔުމުން، ހިބައިގެ މުޢާމަލާތަކީ، މުޤާބިލެއްއޮތުން ޤާނޫނީގޮތުން ލާޒިމުނުވާ މުޢާމަލާތެއްކަމަށް ބަލަންޖެހޭކަމަށް ދެކެމެވެ. ހަމައެއާއެކު، ޝަރީޢަތްކުރުމާބެހޭ ގަވާއިދު 6ގެ 145 ވަނަ މާއްދާއަށް ބެލުމުން، ހިބަ އަނބުރާ އަތުލުމުގެ މުޢާމަލާތަކީ މުޤާބިލު ފުރިހަމަވާ މުޢާމަލާތަކަށްވުން ލާޒިމުކަމަށް ކަނޑައަޅާފައިވުމުގެ މާނައަކީ، ހިބަ ދިނުމުގެ މުޢާމަލާތާ ޚިލާފަށް، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި، ހިބަ އަނބުރާ އަތުލުމުގެ މުޢާމަލާތަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ޢާއްމު އުޞޫލުތައް އެމައްޗަށްހިނގާ މުޢާމަލާތަކަށް ވުންކަމަށް ދެކެމެވެ. މި ޙާލަތުގައި، ފޭދޫ މެޖިސްޓްރޭޓްކޯޓްގެ ނަންބަރު 174/S4C/2012 ޤަޟިއްޔާއިން މިލްކުވެރިކަން ބަދަލުކޮށްފައިވާ މުދައު، އަނބުރާ ހޯދަންއެދެނީ މައިންބަފައިން ކަމުގައި ވީނަމަވެސް، އެ މުޢާމަލާތުގައި އީޖާބއާ ގަބޫލު އޮތުމުގެ އިތުރުން، ހިބައިންދިން މުދަލަށް ބަދަލެއް ގެނެސްފައިވާނަމަ، މުޤާބިލު ފުރިހަމަކުރުމަކާނުލައި، ދަރިންނަށްދިން ހިބަ އަތުލައި، އެ މުދަލުގެ މިލްކުވެރިކަން، ޤާނޫނީ ހަމަތަކުގެމަތިން މައިންބަފައިންނަށް ބަދަލުވާނެކަމަށް ޤާނޫނީ ހަމަތަކުގެ މަތިން ނުބެލެވޭނެއެވެ.
43އެހެންކަމުން، ޢަބްދުﷲ ރަފީޤގް ފުރަތަމަ އިސްތިއުނާފީ ނުކުތާގައި ހުށަހަޅާފައިވާގޮތާ ޚިލާފަށް، މައިންބަފައިން ދަރިންނަށް ދީފައިވާ ހިބައެއްކަމުގައި ވީނަމަވެސް، ހިބައިގެ މުޢާމަލާތް ފުރިހަމަވުމަށްފަހު، ހިބައިގެ މިލްކުވެރިޔާ އިންކާރުކުރާ ޙާލަތުގައި އެ ހިބައަށް ބަދަލު ޙަވާލުކުރުމަށްފަހު އަތުލެވޭނެކަމަކަށް ނުދެކެމެވެ . އެހެނީ، ދަރިންގެ ކިބައިގައިއޮތް މުދަލުގެ މިލްކުވެރިކަމުގެ މައްޗަށް ހިނގާނީ، މި ނިންމުމުގެ ނުކުތާ 42 ގައި ބަޔާންކޮށްފައިވާ ޤާނޫނީ އުޞޫލުތައް ކަމުގައިވާތީއެވެ. އަދި މީގެފަހުން "ކޮންޓްރެކްޓާބެހޭ ޤާނޫނު"ކަމަށް ބުނެފައިވާ. މި ޙާލަތުގައި، މުދަލުގެ މިލްކުވެރި ފަރާތުގެ ހައިސިއްޔަތުން މުޙައްމަދު އަކްރަމްގެ މިލްކުގައިވާ މުދަލެއް، ނުދިނުމުގެ ނުވަތަ މުޢާމަލާތް ނުކުރުމުގެ ފުރިހަމަ އިޚްތިޔާރު މުޙައްމަދު އަކްރަމްއަށް ޤާނޫނީ ހަމަތަކުން ލިބިގެންވެއެވެ.
44ދެންއޮތް ސުވާލަކީ، މުޙައްމަދު އަކްރަމްއަށ ހިބައިން ދީފައިވާބަޔަށ ބަދަލް ގެނެސްފައިވާކަމަށް ޝަރީޢަތުން ގޮތްނިންމަވާފައިވަނީ ރަނގަޅަށްތޯއެވެ. އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 211/S4C/2020 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 15 ވަނަ ނުކުތާގައި، ހިބަ އަނބުރާ އަތުލުމުގެ މައްސަލަ ހުށަހެޅުމުގެ ކުރިން، މުޙައްމަދު އަކްރަމްއަށ ހިބައިން ލިބިފައިވާ ބަޔަށް ބަދަލުގެނައިކަން، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ އަޙްމަދު އަސްޢަދު ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުން އެނގޭކަމަށް ބުނެފައިވެއެވެ. އަދި އިސްތިއުނާފު ރައްދުވާ އާމިނަތު ނާފިޢާ ޝަރީޢަތަށް ދީފައިވާ ބަޔާނުގައި، މުޙައްމަދު އަކްރަމްއަށ ހިބައިން ލިބުން ތަނުގައި މަސައްކަތްތަކެއް ކުރިކަން އެނގޭކަމަށާއި، އެއީ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިންކަނ ނުވަތް ފަހުންކަން ނޭނގޭކަމަށް ބުނެފައިވާކަމަށް ބަޔާންކޮށްފައިވެއެވ. މީގެއިތުރުން، އެ ނިންމުމުގެ 16 ވަނަ ނުކުތާގައި، އިސްތިއުނާފު ރައްދުވާ ޚަދީޖާ ނަޞީރާގެ ބަހުން، މުޙައްމަދު އަކްރަމްއަށ ހިބައިން ލިބުން ބަޔަށް ބަދަލު ގެނައިކަމާއި، ތަނުގައި ހުރިގޭގެ ބިއްގަނޑެއް ނައްޓައި، ބިއްގަނޑެއް އިތުރުކުރިކަމަށާއި، ހުރިގެ ރޫޅައި، ޓިނއާ ވަކަރުނގިކަމަށެ ބުނެފައިވެއެވެ.
45ޢަބްދު ﷲ ރަފީޤް ގެ ހުށަހެޅުމަކީ، މުޙައްމަދު އަކްރަމްއަށ ހިބައިން ލިބުން ބަޔަށް ބަދަލު ގެނެސްފައިވާކަމަށް ނިންމަވާފައިވަނީ މައްސަލައިގެ ހުށަހެޅުންތަކަށް ރިޢާޔަތް ކުރުމެއްނެތި، އަދި ހަމައެކަނި މުޙައްމަދު އަކްރަމްގ ބަހުގެ މައްޗަށް ރިޢާޔަތް ކޮށްގެންކަމަށެވެ. މި މައްސަލައިގައި އިސްތިއުނާފު ފޯމާއެކު ހުށަހަޅާފައިވާ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓާއެކު ހިމަނާފައިވަ މަޙުޟަރު ބަޔާންތަކަށް ބަލާއިރު، މުޙައްމަދު އަކްރަމްއަށ ހިބައިން ލިބުނުބަޔަށް ބަދަލުގެނައިކަން، މުޙައްމަދު އަކްރަމް ފިޔަވައި އެހެން އެއްވެސް މީހެއްގެ ބަޔާނުން އެނގޭކަށްނެތެވެ.
46އެހެންނަމަވެސް، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 211/S4C/2020 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 15 އަދި 16 ވަނަ ނުކުތާގައި ޙަވާލާދީފާއިވާ ކަންކަމަށްބެލުމުން އިތުރަށް ސުވާލު އުފެދިފައިވާތީ، ކަންހިނގާފައިވާގޮތް އިތުރަށް ސާފުކުރުމަށްޓަކައި، މި މައްސަލައިގެ ދަށުކޯޓުގެ ޝަރީޢަތުގެ އަޑުއެހުންތަކުގެ ރެކޯޑިންގތައް މި ކޯޓުން ހޯދާފައިވެއެވެ.
47އެގޮތުން، ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ 06 އޭޕްރިލް 2021 ދުވަހުގެ ތާރީޚު ލިޔެފައިވާ ޝަރީޢަތުގެ އަޑުއެހުމުގައި، މުޙައްމަދު އަކްރަމް ކޮޓަރިއަކާއި، ފާޚާނާއަކާއި، ބަދިގެއެއް ހެދުމުގެ މަސައްކަތަކެއް ކޮށްފައިވާކަމަށް ބުނެފައިވާއިރު، ތަނަށް ބަދަލު ގެނެސްފައިވާކަމަށް ޚަދީޖާ ނަޞީރާވެސް ބުނެފައިވެއެވެ. އަދި 18 އޭޕްރީލް 2021 ދުވަހުގެ ތާރީޚު ލިޔެފައިވާ ޝަރީޢަތުގެ އަޑުއެހުމުގައި، ޢަލީ އަރުޙަ މްއާ ސުވާލުކުރުމުން، ތަނުގައިހުރި ތިންފާރެއް ތަޅައި، ހިޔާކުރި ވަކަރާއި ލަކުޑިނަގައި، ފާރެއް ރާނާފައިވާކަމަށާއި، އެ ބަދަލު ގެނައީ މައްސަލަ ޝަރީޢަތަށް ހުށަހެޅުމުންކަމަށް ބުނެފައިވެއެވެ. ހަމައެއަޑުއެހުމުގައި، މުޙައްމަދު އަކްރަމްއަށް ލިބުނުބައިގައި މަސައްކަތް ކުރަން އުޅުނުކަން އެނގިފައިވާކަމަށް އާމިނަތު ނާފިޢާ ބުނެފައިވާއިރު، އެއީ މައްސަލަ ހުށަހެޅުމުގެ ކުރިންކަން ނުވަތަ ފަހުންކަން ހަނދާން ނެތްކަމަށް ބުނެފައިވެއެވެ. އަދި އަޙްމަދު އަސްޢަދުއާ ޝަރީޢަތުން ސުވާލުކުރުމުން، އަޙްމަދު އަސްޢަދުއަށް ލިބުނުބަޔަށ ބަދަލް ގެނެސްފައި ނުވާކަމަށާއި، މުޙައްމަދު އަކްރަމްގެ ބައިގައި ފާރުރާނައި އުނިއިތުރު ގެނެސްފައިވަނީ އެ މައްސަލަ ހުށަހެޅުމުގެ ކުރިންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު B7/S04C/2025/3-95 (28 އޭޕްރީލް 2025) ސިޓީއިން އެދުމުން، އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ ދަށުކޯޓުގެ އަޑުއެހުންތަކުގެ ރެކޯޑިން ދަށުކޯޓުން މިކޯޓަށް ފޮނއުވާފައިވެއެވެ. 06 އޭޕްރީލް 2021 ދުވަހުގެ ޝަރީޢަތުގެ ރެކޯޑިންގްގެ 0:03:44 އިން 0:04:30 އަށް. 06 އޭޕްރީލް 2021 ދުވަހުގެ ޝަރީޢަތުގެ ރެކޯޑިންގްގެ 00:120: އިން 48:130: އަށް. އަދި 18 އޭޕްރީލް 2021 ދުވަހުގެ ޝަރީޢަތުގެ ރެކޯޑިންގްގެ 0:03:46 އިން 0:05:38 އަށް. 18 އޭޕްރީލް 2021 ދުވަހުގެ ޝަރީޢަތުގެ ރެކޯޑިންގްގެ 01:70:0 އ ށ. 18 އޭޕްރީލް 2021 ދުވަހުގެ ޝަރީޢަތުގެ ރެކޯޑިންގްގެ 0:09:26 އިން 13:100: އަށް. 18 އޭޕްރީލް 2021 ދުވަހުގެ ޝަރީޢަތުގެ ރެކޯޑިންގްގެ 0:12:33 އިން 0:13:46 އަށް.
48HN2ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ (02/A-2010/SC) ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ ދެވަނަ އަދި ތިންވަނަ ކަމެއްގެގޮތުގައި، މަދަނީ މައްސަލަތަކުގައި ޤާނޫނީ ނަތީޖާއެއް ނުކުންނަ ވާޤިޢާއެއް އޮތްކަން ޤާނޫނުގައި ކަނޑައަޅާފައިވާ ވަސީލަތްތަކުން ސާބިތު ކޮށްދިނުމުގެ ބުރަ އުފުލަންޖެހޭނީ ދަޢުވާކުރާ ފަރާތުން ނުވަތަ އެފަދަ ހުށަހެޅުމެއް ހުށަހެޅި ފަރާތަކުންކަމަށް ކަނޑައަޅާފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް (-2013/SC A/28) ޤަޟިއްޔާގައި، ދަޢުވާ ސާބިތުކުރުމުގެ ބުރަ ދެ ބަޔަކަށް ބެހިގެންވާކަމަށާއި، އެގޮތުން ފުރަތަމައީ، ދަފުޢު އުފުލާ ފަރާތުން އެކަން ޝަރީޢަތަށް ސާބިތުކޮށްދިނުމަށް ހެކި ހުށަހެޅުން ކަމަށާއި، ދެވަނައީ، ހުށަހަޅާފައިވާ ހެއްކަކީ، ދެފަރާތުގެ ހެކި އަޅައިކިޔާއިރު، ހުށަހަޅާފައިވާ ދަފުޢު ސާބިތުކުރުމަށް އެކަށީގެންވާ މިނވަރެއްގް ހެއްކަށް ވުންކަމަށް ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން، މަދަނީ މައްސަލަތަކުގައި ހާދިސާ ނުވަތަ ޢަމަލު ސާބިތުކުރުމުގެ މިންގަނޑަކީ، "ބޮޑަށް ބުރަވެވޭ ގޮތަށް" ނުވަތަ "ބެލަންސް އޮފް ޕްރޮބަބިލިޓީސް"ކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު (2013/SC-A/53) ޤަޟިއްޔާ ގައި ކަނޑައަޅުއްވާފައިވެއެވެ.
49HN3މި މައްސަލައިގައި ދަށުކޯޓުގައި ދަޢުވާއުފުލި ޢަބްދު ﷲ ރަފޤީގެ ހުށަހެޅުމަކީ، އިސްތިއުނާފުކުރާ ފަރާތުގެ ދަރިންނަށް ދީފައިވާބަޔަށ އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަމަށެވެ. ނަމަވެސް، އެވާޤިޢާ ސާބިތު ކުރުމަށްޓަކައި އިސްތިއުނާފުކުރާ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވެއެވެ.
50އަޙްމަދު ނާޝިދު މައްސަލއާއަ ގަސްވެލި މައްސަލއާއަ އާސިޔަތު ނިޒާރު މައްސަލއިގައަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ އުޞޫލުތައް މި މައްސަލައަށް ތަޠުބީޤުކުރާއިރު، ހިބައިން ދީފައިވާތަނަށ ބަދަލް ގެނެސްފައިވާކަން ޤާނޫނީގޮތުން ބެލެވޭފަދަ އެކަށީގެންވާ ހެއްކެއް ނުވަތަ މީގެފަހުން "އަޙްމަދ ނާޝިދު މައްސަލަ"ކަމަށް ބުނެފައިވާ. މީގެފަހުން "ގަސްވެލި މައްސަލަ"ކަމަށް ބުނެފައިވާ. މީގެފަހުން "އާސިޔަތު ނިޒާރު މައްސަލަ"ކަމަށް ބުނެފައިވާ. ސަބަބެއް ޢަބްދުﷲ ރަފީޤގް ފަރާތުން ހުށަހަޅާފައި ނުވާކަމަށް ބަލަންޖެހެއެވެ. ހަމައެއާއެކު، މި ނިނމުމުގް 47 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރުމުން މުޙައްމަދު އަކްރަމްއަށް ހިބައިން ލިބުނުތަނަށ ބަދަލް ގެނެސްފައިވާކަމަށް ބެލެވޭދަ އެކަށީގެންވާ ސަބަބުތައް ހުރުމާއެކު، މުޙައްމަދު އަކްރަމްގެ ފަރާތުން ހުށަހަޅާފައިވާ ކަންކަން މަދަނީ މިންގަނޑުން ސާބިތު ކޮށްދީފައިވާކަމަށް ބަލަންޖެހެއެވެ.
51HN5މި މައްސަލައިގައި، މުޙައްމަދު އަކްރަމްއަށ ހިބައިން ލިބުން ބަޔަށް ބަދަލު ގެނެސްފައިވާކަން ދިވެހިރާއްޖޭގެ ހައިކޯޓަށް ޙާޟިރުވެތިބ އިސްތިއުނާފި ރައްދުވު ފަރާތްތަކުގެ ބަހުން ސާބިތު ކުރެވިދާނެކަމަށް ޢަބްދުﷲ ރަފީޤްގެ ވަކީލުން، 30 އޮކްޓބަރޯ 2024 ދުވަހު ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ. މުޙައްމަދު އަކްރަމްއަށ ހިބައިން ލިބުނުބަޔަށ ބަދަލް ގެނެސްފައިވާކަމަށް ފޭދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 211/S4C/2020 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ނުކުތާ 15 އަދި 16 ގައި ބަޔާންކޮށްފައިވަނީ، އެ ކޯޓުގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި ހަމަޙަޤީޤަތުގައިވެސް ދައްކާފައިވާ ވާހަކައިގެ މައްޗަށް ބިނާކޮށެވެ. އަދި މި މައްސަލަ ނިންމެވުމުގައި މުޙައްމަދު އަކްރަމްއަށް ލިބިފައިވާ ހިބައަށް ބަދަލުތަކެއް ގެނެސްފައިވާކަމަށް ސާބިތުވާކަމަށް ފަނޑިޔާރު ކަނޑައަޅއްވު ފައިވަނީ، އެކަން ޝަރީޢަތުން ބައްލަވާ ކަށަވަރު ކުރުމަށްފަހު ކަމަށްވާތީ، ދަށުކޯޓުން މައްސަލަ ނިންމަވާފައިވަނީ ފަނޑިޔާރުންގެ ޤާނޫނު 5 ވަނަ މާއްދާގެ (ށ)ގެ (1) ވަނަ ނަންބަރާ އެއްގޮތަށެވެ.
52HN4އެހެންކަމުން، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 211/S4C/2020 ޤަޟިއްޔާގައި، މުޙައްމަދު އަކްރަމްއަށ ހިބައިން ލިބުނުބައި ދިނުމަށް އިންކާރުކޮށް، އެ ހިބައަށް ބަދަލު ގެނެސްފައިވާކަމަށް ކަނޑައަޅުއްވާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ އެއްގޮތަށް ކަމަށްދެކެމެވެ.
53HN6ބުނެވިދިޔަ ކަންކަމުގެ އިތުރުން، ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 211/S4C/2020 ޤަޟިއްޔާގެ ޝަރީޢަތުގެ އަޑުއެހުންތަކަށް ޢަބްދުﷲ ރަފީޤްގެ ފަރާތުން ޤާނނޫ ވަކީލަކު ޙާޟިރުވެވަޑައިގެން އިންނެވިކަމަށް ބެލެވެއެވެ. މި ނިންމުމުގެ ނުކުތާ 17 އިން 21 އަށް ދައްކާފައިވާ ވާހަކަތަކުގައި، ދަށު ކޯޓުގެ ފަނޑިޔާރު ބއަ ލ ވަންވަ ވަރަށް ނުބަލާކަމަށް ޢަބްދުﷲ ރަފީޤްގެ ފަރާތުން ހުށަހަޅާފައިވާއިރު، މުޙައްމަދު އަކްރަމްއަށް ހިބައިން ލިބުނުބަޔާ ގުޅޭގޮތުން ޢަބްދުﷲ ރަފީޤްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު ނުކުތާއާއި ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަކީ އެކަށީގެންވާވަރަށް މަޢުލޫމާތު ހޯދުމަކާނުލައި، ޝަރީޢަތަށް އޮޅޭގޮތަށް ހުށަހަޅާފައިވާ ކަންކަމެވެ. ފަނޑިޔާރުންގެ ޤާނޫނު 5 ވަނަ މާއްދާގެ (ށ)ގެ (1) ވަނަ ނަންބަރާ ޙަވާލާދީ، ފަނޑިޔާރު ބަލަންވާވަރަށް ނުބަލާކަމަށްބުނެ އިސްތިއުނާފީ ނުކުތާއާއި ބަހުސެއް ޚަޞްމަކު ހުށަހަޅާއިރު، ޤާނޫނީ ވަކީލުންވެސް އެފަދައިން ހުށަހަޅަންވާނީ ފަރުވާތެރިކަމާއެކު ބަލަންވާވަރަށް ބެލުމަށްފަހު، ޙަޤީޤަތް ކަށަވަރުކުރުމަށް އެކަށީގެންވާ މިންވަރަށް މަސައްކަތް ކުރުމަށްފަހުކަމަށް ދެކެމެވެ.
މައްސަލަ ނިންމަން ފެންނަގޮތް
54ބުނެވިދިޔަކަންކަން އެގޮތުގެމަތިން ހުރުމާއެކު، މި މައްސަލައިގައި ޢަބްދުﷲ ރަފީޤގް ފަރާތުން އިސްތިއުނާފު ކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 211/S4C/2020 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ނުވަތަ ޝަރުޢީ އެއްވެސް ސަބަބެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
55މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ނިންމުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚު ންނެވެ. އެހެންނަމަވެސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށ ބިނާކޮށް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔް
56މި މައްސަލައި ގައި ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދުކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު
57މި މައްސަލައިގއަ ފަނޑިޔާރި ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދުކުރަމެވެ. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ). ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ). ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ). Oxr 2 2022lHC-A1301 27 oD 2y., cQ / !.t, Oz . /. Ol o2), o /1,XC O/O/ / C , c. o C -t -tJ, !,1 -4 ,r-t.r,P.r2 2 tu2// ??2,tJosr, rT Y /rrlt.?e ,4sl aa /a ,a eo? ott-oo c ,rd 2*r2ol (JPvroox.al oa-oa C2.O/ /. /ox ,2, o o2?. seY er.e-C2/ lJ t.P.r2.r., -rf.r2 2:J/r/ J/"r-1 .P.".ry ,/ // 2 4ao/ O c ,// O. r, j.3.3,- 2/O/ a/4/tL ?t7 ?.?saa '2? /e.?7.7s rre /2vz i 2lllS4Cl2020 c, / aora/ / crC) z C&,Ou/ a a // Ol (/2r/.??o//oa oal, o aoc 3-1rC2 ,t.rrar 2rJ 3 e t/.r./ s err//21 2o 2P.r2 2 14oeP P2.rt /// a /a/ o, , o / c ,x (rrt.r Zf Yaa/ a o 2a/ o .;ri; 2r.Jl 2.?2// StoS 2 z'zz 7.3 tro.r., , or, -. ao . ilv 2Y.r -rro ,.rP 3 2 a , ,aa / ,a orz? ,? . O/ 2 /a2 Jr, 24 €rol /2r tuJ 2* /12 -1.3:-i /zfJ au ar/ / r/ lz : \s.-lr/ ) sjr .\ a\$ '"f>- (i;z www.highcourt.gov.rnv :6,i-?j [email protected] in.ln
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 1/2002 (ބިމާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާ (ހެޑްނޯޓުން)
- ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ގަވާއިދު 6 ގެ 145 ވަނަ މާއްދާ (ހެޑްނޯޓުން)
- ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވާޢިދުގެ 9 ވަނަ އަދި 10 ވަނަ މާއްދާ (ހެޑްނޯޓުން)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާ (ހެޑްނޯޓުން)
- ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) (ހެޑްނޯޓުން)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދު 2011 ގެ 44 ވަނަ މާއްދާ (ސައިޓުގެ ކީވޯޑުން)
- ސުޕްރީމް ކޯޓު: އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ (2010/SC-A/02)
- ސުޕްރީމް ކޯޓު: އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް (2013/SC-A/28)
- ސުޕްރީމް ކޯޓު: ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު (2013/SC-A/53)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.