ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2022/HC-A-02/08

ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު އިބްރާހީމް މަނިކު

ދަށުކޯޓުގެ ނިންމުން ބާޠިލު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 13 އޮކްޓޫބަރު 2025ދަށު ކޯޓު: ސިވިލް ކޯޓު 157/Cv-C-HD/2017ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 157/Cv-C-HD/2017
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ސުޕްރީމް ކޯޓުގެ 2021/SC-A/53 ޤަޟިއްޔާއިން އަލުން ބެލުމަށް ފޮނުވި މި މައްސަލައިގައި، ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމާ ބިމުގެ ވެރިފަރާތް ޚިލާފުވެ ތިންވަނަ ފަރާތަކަށް ބިން ދީފައިވޭތޯ ކަނޑައެޅުމަށް ބޭނުންވާ ހެކި ހުށަހެޅުމުގެ ފުރުޞަތު ނުދީ، ތިންވަނަ ފަރާތާ ވެފައިވާ އެއްބަސްވުމަށް ނުބަލާ، ސިވިލް ކޯޓުން ނިންމި ނިންމުމާމެދު ހައިކޯޓުން ގޮތެއް ކަނޑައެޅޭނެތޯ ނުވަތަ ތަޙުވީލު ކުރަންޖެހޭތޯ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

އަލުން ބެލުމަށް ސިވިލް ކޯޓަށް ފޮނުވި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ހައިކޯޓުން މައްސަލަ ބަލަނީ ދަށުކޯޓުގައި ނުވަތަ ޓްރައިބިއުނަލްގައި ހުށަހެޅި ހެކިތަކާއި ދިފާޢުތައް އަސާސްކޮށްގެންނެވެ. ދިވެހި ޝަރުޢީ ނިޒާމަކީ އެޑްވަސޭރިއަލް ނިޒާމުގެ ސިފަތައް އެކުލެވިގެންވާ ނިޒާމެއްކަމުން، ފަނޑިޔާރުގެ ދައުރަކީ ފަރާތްތަކުން ހުށަހަޅާ ވާޤިޢާތައް އެ ފަރާތްތަކުން ސާބިތުކުރުމުން، އެއަށް ޤާނޫނު ތަޠުބީޤުކޮށް ގޮތް ކަނޑައެޅުމެވެ.

HN2 އެއްބަސްވުމާ ޚިލާފުވިތޯ ކަނޑައެޅުމަށް މުހިއްމު ވާޤިޢާތައް ސާބިތުކުރުމަށް ފަރާތަކުން ހުށަހަޅާ ޝަފަހީ ހެކިން ޙާޟިރުކުރުމުގެ ފުރުޞަތު ދަށުކޯޓުން ނުދީ، ނުދިން ސަބަބު ބަޔާންނުކޮށް ނިންމާފައިވާނަމަ، ހައިކޯޓަށް ހެކިން ޙާޟިރުކޮށް ވާޤިޢާ ކަށަވަރުކުރުމުގެ ބަދަލުގައި، ހެކިން ޙާޟިރުކޮށް ވާޤިޢާތައް ކަށަވަރުކޮށް ގޮތް ކަނޑައެޅުމަށް މައްސަލަ ފުރަތަމަ މަރުޙަލާގެ ކޯޓަށް ތަޙުވީލުކުރަންޖެހެއެވެ.

HN3 ކޯޓުން ގޮތް ކަނޑައަޅަނީ ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅުނު މައްސަލައަށާއި، ދަޢުވާކުރާ ފަރާތުން އެދިފައިވާ ފަރުވާއަކީ ފޯރުކޮށްދެވިދާނެ ފަރުވާއެއްތޯ ބަލައިގެންނެވެ. ނޭދޭ ފަރުވާއެއް ފޯރުކޮށްދިނުމުގެ އިޚްތިޔާރެއް ފަނޑިޔާރަކަށް ނުލިބެއެވެ.

HN4 އެއްބަސްވުމަކާ ޚިލާފުވިތޯ ނުވަތަ އެއްބަސްވުން ބާޠިލުވިތޯ ކަނޑައެޅުމުގެ ކުރިން މައްސަލައިގެ އަސާސީ ވާޤިޢާތައް ކަށަވަރުކުރަންޖެހެއެވެ. އަދި އެއްބަސްވުމުގެ މާއްދާތައް މާނަކުރަންވާނީ ސުޕްރީމް ކޯޓުގެ 2021/SC-A/53 ޤަޟިއްޔާގެ 12 އިން 19 އަށް ޕެރެގްރާފްތަކުގައިވާ އުޞޫލުތަކާއި، އެއްބަސްވުމާ ޚިލާފުވެގެން އެއްބަސްވުން ނިމުމަކަށް ގެނައުމާ ގުޅޭގޮތުން ވިލާ އެއަރ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކަށް ރިޢާޔަތްކޮށެވެ.

HN5 ދަޢުވާކުރާ ފަރާތް ބައިވެރިނުވާ، ދަޢުވާލިބޭ ފަރާތާއި ތިންވަނަ ފަރާތަކާ ދެމެދު ވެފައިވާ އެއްބަސްވުމެއް ބާޠިލުކުރުމަށް އެދޭ ޙާލަތުގައި، އެ އެއްބަސްވުމާމެދު ގޮތެއް ނިންމުމުގެ ކުރިން، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި ޠަބީޢީ ޢަދާލަތުގެ (audi alteram partem) އުޞޫލާ އެއްގޮތަށް، އެ ތިންވަނަ ފަރާތަށް ބަސްބުނުމުގެ ފުރުޞަތު ދޭންޖެހެއެވެ. އެ ފުރުޞަތު ނުދީ ހައިކޯޓުން އެ އެއްބަސްވުމާމެދު ގޮތެއް ނުކަނޑައެޅޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ދީބާނާޒް ފަހުމީ، މުޙައްމަދު ފައިޞަލް، ޙުސައިން މަޒީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ދީބާނާޒް ފަހުމީ · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ޙުސައިން މަޒީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔު (މި ރައުޔަށް ފަނޑިޔާރު މުޙައްމަދު ފައިޞަލް އަދި ފަނޑިޔާރު ޙުސައިން

މަޒީދު ތާއީދު ކުރައްވައެވެ.)

ތަޢާރަފު

1ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 02/08-A-2022/HC ޤަޟިއްޔާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/24 ޤަޟިއްޔާ، ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް (މީގެފަހުން "ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް"ކަމަށް ބުނެފައިވާ)ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/53 ޤަޟިއްޔާއިން އެ މައްސަލަ ބެއްލެވުމަށްފަހު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/24 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބާޠިލު ކުރައްވައި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު)ގެ 19 ވަނަ މާއްދާގެ (ނ)ގައިވާ ފަދައިން ބެލުމަށް އަންގަވައި، ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙުވީލުކުރުމުން ބަލަމުންދާ މައްސަލައެކެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 02/08-A-2022/HC ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، […] މުޙައްމަދު އިބްރާހީމްމަނިކު (މީގެފަހުން "މުޙައްމަދު އިބްރާހީމްމަނިކު" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް"ކަމަށް ބުނެފައިވާ)އެވެ. ކުންފުނީގެ ރެޖިސްޓަރޭޝަން ނަންބަރު 0158/2014-C. މީގެފަހުން "ކޯޓުތަކުގެ ޤާނޫނު"ކަމަށް ބުނެފައިވާ. ދިވެހި ރައްޔިތެއްކަން އަންގައިދޭ.

މައްސަލައިގައި ކަންހިނގާފައިވާގޮތް

2ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރއާއި މުޙައްމަދު އިބްރާހީމްމަނިކުއާ ދެމެދު 08 ޑިސެމްބަރު 2015 ދުވަހު، މުޙައްމަދު އިބްރާހީމްމަނިކުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ހުޅުމާލެ ލޮޓް ނަންބަރު 11329 ގޯތީގައި 6 (ހައެއް) ބުރީގެ ޢިމާރާތެއް ކުރާގޮތަށް، 25 (ފަންސަވީސް) އަހަރަށް ކުއްޔަށްދިނުމުގެ އެއްބަސްވުމެއްގައި (މީގެފަހުން "އެއްބަސްވުން"ކަމަށް ބުނެފައިވާ) ސޮއިކޮށްފައިވެއެވެ.

3ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2017-C-157/Cv ޤަޟިއްޔާއަކީ، މުޙައްމަދު އިބްރާހީމްމަނިކުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ހުޅުމާލެ ލޮޓް ނަންބަރު 11329 ގޯތީގައި، ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ފަރާތުން ޢިމާރާތްކުރާގޮތަށް 25 (ފަންސަވީސް) އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށްދީ، މުޙައްމަދު އިބްރާހީމްމަނިކުއާ ދެމެދު 08 ޑިސެމްބަރު 2015 ދުވަހު އެގްރީމަންޓުކޮށް، އެ އެގްރީމަންޓުގެ ދަށުން ކުލީގެ ގޮތުގައި 192,000.00ރ (އެއްލައްކ ނުވަދިހަ ދެހާސް ދިވެހި ރުފިޔާ) މުޙައްމަދު އިބްރާހީމްމަނިކުގެ ފަރާތުން ނެގުމަށްފަހު، މުޙައްމަދު އިބްރާހީމްމަނިކު، ހުޅުމާލެ ލޮޓް ނަންބަރު 11329 އެވެކިޔުނު 1232.82 އަކަފޫޓު ގޯތި، އެއްބަސްވުމާ ޚިލާފަށް އެހެން ފަރާތަކަށް ކުއްޔަށްދީ، އެ ގޯތީގައި އެހެންފަރާތަކުނ ޢިމާރާތް ކުރަމުންދާތީ، ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރއާއި މުޙައްމަދު އިބްރާހީމްމަނިކުއާ ދެމެދު 08 ޑިސެމްބަރު 2015 ދުވަހު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރމަށު މުޙައްމަދު އިބްރާހީމްމަނިކުގެ މައްޗަށް އަމުރު ކޮށްދިނުމަށާއި، އެހެންފަރާތްތަކާއެކު މުޙައްމަދު އިބްރާހީމްމަނިކުގެ ފަރާތުން އެ ގޯއްޗާމެދ ކޮށްފައިވު އެންމެހައި އެގްރީމަންޓުތަކާއި މުޢާމަލާތްތަކަކީ ބާޠިލު ކަންކަންކަމުގައި ކަނޑައަޅައިދިނުމަށްއެދި، ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ފަރާތުން ދަޢުވާ ހުށަހެޅުމުން ބަލާފައިވާ މައްސަލައެކެވެ. ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ފަރާތުން 14 އޮގަސްޓު 2017 ތާރީޚުގައި ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގައިވާ މައްސަލައިގެ ޚުލާޞާ.

4ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2017-C-157/Cv ޤަޟިއްޔާއާ ގުޅިގެން، ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ފަރާތުން ހުށަހެޅި ބުނެވިދިޔަ މައުޟޫޢީ ދަޢުވާގައި ޙުކުމެއް ކުރުމުގެކުރިން ހުޅުމާލެ ލޮޓް ނަންބަރު 11329 ގޯތީގައި، މުޙައްމަދު އިބްރާހީމްމަނިކު ނުވަތަ މުޙައްމަދު އިބްރާހީމްމަނިކު ހުއްދަދީގެން އެހެންއެއްވެސް ފަރާތަކުންވެސ ޢިމާރާތް ކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރުމަށް މުޙައްމަދު އިބްރާހީމްމަނިކުއާއި އެހެންފަރާތްތަކުގެ މައްޗަށް އަމުރު ކޮށްދިނުމަށްއެދި، ވަގުތީ އަމުރެއް ނެރެދިނުމަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވެއެވެ.

5ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު IS(HD)/VN/2018/01 "ވަގުތީ އަމުރާމެދު ނިންމިގޮތް" (11 ފެބްރުއަރީ 2018) ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/305 ޤަޟިއްޔާއިން މައްސަލަ ބެލުމަށްފަހު، ބުނެވިދިޔަ ވަގުތީ އަމުރާމެދު ނިންމިގޮތް ބާޠިލުކޮށް، ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ފަރާތުން އެދިފައިވާ ވަގުތީ އަމުރު ނެރެންޖެހޭކަމަށް ކަނޑައަޅާފައިވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު -2018/HC A/305 ޤަޟިއްޔާގައި، ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2017-C-157/Cv ޤަޟިއްޔއިނާ ބަލަމުންދާ މައްސަލައިގެ މައުޟޫޢުއާމެދު އެ ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން، ހުޅުމާލެ ލޮޓް ނަންބަރު 11329 ގޯތީގައި މުޙައްމަދު އިބްރާހީމްމަނިކުގެ ފަރާތުން ނުވަތަ މުޙައްމަދު އިބްރާހީމްމަނިކު ހުއްދަދީގެން ނުވަތަ އެނޫންވެސް ގޮތަކުން އެ ގޯތީގައި މަސައްކަތް ކުރަމުންދާ ހުރިހާފަރާތަކުން މަސައްކަތް ހުއްޓާލުމަށް ވަގުތީގޮތުން އަމުރުކޮށް، 29 ނޮވެމްބަރ 2018 ދުވަހު މައްސަލަ ނިންމާފައިވެއެވެ.

6އެއަށްފަހު، ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2017-C-157/Cv ޤަޟިއްޔާގައި، ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން، ހުޅުމާލެ ލޮޓް ނަންބަރު 11329 ގައިކުރަން ލާޒިމު ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ފަރާތުން ހުށަހަޅާފައިވާ "ވަގުތީ އަމުރަށްއެދޭ ފޯމް" (21 ނޮވެމްބަރ 2017.) ކޮށްފައިވާ ޢިމާރާތް، އެއްބަސްވުމުގައިވާ މުއްދަތުގެ ތެރޭގައި ކުރަންނުފަށައި، އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުލި ނުދައްކައި، އެއްބަސްވުމުގައި ބަޔާން ކޮށްފައިވާގޮތަށް ޢަމަލުނުކޮށް، އެ ޚިލާފުވުންމަތީ ދެމިތިއްބާ، އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް، އަދި އެ ގޯއްޗާ ގުޅޭގޮތުން ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ނޫންފަރާތަކާއެކ މުޙައްމަދު އިބްރާހީމްމަނިކު ކޮށްފައިވު މުޢާމަލާތްތައް ބާޠިލުކަމަށް ޝަރީޢަތުން ކަނޑައަޅާނެތަނެއް ނެތްކަމަށް، 31 ޑިސެމްބަރު 2018 ދުވަހު ޙުކުމް ކޮށްފައިވެއެވެ.

7ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2017-C-157/Cv ޤަޟިއްޔާގެ ނިންމުން ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށްބުނެ، ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/24 ޤަޟިއްޔާއިން މައްސަލަ ބެލުމަށްފަހު، ސިވިލް ކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ޤާނޫނީ ނުވަތަ ޝަރުޢީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، 11 މރިޗާ 2021 ދުވަހު ޙުކުމްކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/24 ޤަޟިއްޔާގެ ނިންމުން، ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލަ ބަލާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/53 ޤަޟިއްޔާއިންނެވެ.

8ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/53 ޤަޟިއްޔާއިން ބެއްލެވި މައްސަލައިގައި، ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ފަރާތުން 4 (ހަތަރެއް) އިސްތިއުނާފީ ނުކުތާ ހުށަހަޅާފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މައްސަލަ ބައްލަވައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު -2019/HC A/24 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ކަނޑައަޅައި، އެ ޙުކުމް ބާޠިލު ކުރުމާއެކު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/53 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ޤާނޫނީ އުޞޫލުތަކުގެ ތަރަހައިގެ ތެރެއިން، ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2017-C-157/Cv ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/24 ޤަޟިއްޔާގައި ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތައް، ކޯޓުތަކުގެ ޤާނޫނުގެ 19 ވަނަ މާއްދާގެ (ނ)ގައި ބަޔާނި ކޮށްފައިވާފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުން ބެލުމަށް އަންގަވައި، އެ މައްސަލައިގައި ޙުކުމް ކުރައްވާފައިވެއެވެ.

9މި މައްސަލައިގައި ގޮތެއްނިންމުމަށް އަންގަވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާ ތަރަހައިގެ ތެރެއިންކަމަށްވެފައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު -2021/SC A/53 ޤަޟިއްޔާގައި ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކާމެދު ނިންމަވާފައިވާގޮތް ތިރީގައި ޚުލާޞާކުރަމެވެ.

10މި މައްސަލައިގައިވާ އެއްބަސްވުމުގައި، ޢިމާރާތްކުރުމަށްދޭ މުއްދަތާއި، ކުލި ދެއްކުމާ ގުޅުންހުރި މާއްދާތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/53 ޤަޟިއްޔާގެ ނިންމެވުމުގެ 12 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ފަދައިން، ހުޅުމާލެ ލޮޓް ނަންބަރު 11329 ގޯތީގައި ޢިމާރާތް ކުރުމަށް މުއްދަތު ގުނަންފަށާފައިވަނީ "އިމާރާތް ކުރުމަށް ބޭނުންވާ ކުރެހުމުގެ ހުއްދަ" ލިބުނު 27 ޑިސެމްބަރު 2015 ދުވަހުން ފެށިގެންކަމުން، ޢިމާރާތް ކުރުމަށް ދީފައިވާ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތު ހަމަވެފައިވަނީ 27 ޑިސެމްބަރު 2016 ދުވަހުކަމަށް ކަނޑައަޅުއްވާފައިވެއެވެ. އަދި އެ ޤަޟިއްޔާގެ 13 އަދި 14 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ފަދައިން، އެއްބަސްވުމުގެ ދަށުން ކުލި ހިނގާނީ ޢިމާރާތް ކުރުމަށް ލިބިދީފައިވާ އަހަރު ފުރިހަމަވުމުން ކަމަށްވެފައި، ޢިމާރާތް ކުރުމަށް ލިބިދީފައިވާ މުއްދަތުގައި ކުލި ނުހިނގާނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވުމުން، ކުލީގެ މުއްދަތު ހިނގަން ފަށާނީ 28 ޑިސެމްބަރު 2016 ދުވަހުކަމަށް ބަޔާންކޮށްފައިވެއެވެ. ބުނެވިދިޔަ ގޮތުގެމަތިން، 28 ޑިސެމްބަރު 2016 އިން 27 ޑިސެމްބަރު 2017 އަށް ހިނގާ މުއްދަތުގައި، އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފުރަތަމަ އަހަރުގެ ކުލި، އެއްބަސްވުމުގައި ސޮއިކުރާއިރު ދައްކަންޖެހޭކމާއި، އެ ފައިސާ ދައްކާފައިވާކަން، މި މައްސަލައިގައި ސިވިލް ކޓަށޯ ހުށަހަޅާފައިވް ލިޔުންތަކުން އެނގޭކަމަށާއި، އެ ފައިސާ ދެއްކިކަމާމެދު ޚަޞްމުންގެ މެދުގައި ޚިލާފެއް ނެތްކަމަށް ބަޔާންކޮށްފައިވެއެވެ.

11އެއްބަސްވުމުގެ ދަށުން، ފުރަތަމަ އަހަރުގެ ކުލި ދައްކާފައިވަނިކޮށް، ޢިމާރާތްކުރުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި، އަދި ފުރަތަމަ އަހަރު ގުނުމުގެކުރިން، މުޙައްމަދު އިބްރާހީމްމަނިކުގެ ފަރާތުން ހުޅުމާލެ ލޮޓް ނަންބަރު 11329 ގޯތި، ތިންވަނަ ފަރާތަކަށް ދީފައިވުމާ ގުޅޭގޮތުން، ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2017-C-157/Cv ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު -2019/HC A/24 ޤަޟިއްޔާގައިވާ ކަންކަން ޚުލާޞާކޮށް ބަޔާންކޮށްފައިވެއެވެ. އަދި ސިވިލް ކޯޓުގެ ނިންމުން ހައިކޯޓުން ދަމަހައްޓާފައި ވީނަމަވެސް، ކުލި ދައްކަންޖެހޭ މުއްދަތާ ގުޅޭގޮތުން ހައިކޯޓުން ނިންމާފައިވަނީ ތަފާތުކޮށްކަމަށާއި، ޢިމާރާތްކުރުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި، ހުޅުމާލެ ލޮޓް ނަންބަރު 11329 ގޯތި ތިންވަނަ ފަރާތަކާ މުޙައްމަދު އިބްރާހީމްމަނިކު ޙަވާލުކޮށްފައިވާކަމަށް ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ފަރާތުން ބުނާބުނުމާމދު ސިވިލް ކޯޓާއި ހައިކޯޓުންވެސ އެއްވެސް ބަހެއްބުނެފައި ނުވާކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމެވުމުގައި ބަޔާންކޮށްފައިވެއެވެ.

12އެއަށްފަހު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/305 ޤަޟިއްޔާގައި، ވަގުތީ އަމުރެއް ނެރެދިނުމަށް ނިންމި ސަބަބުތަކުގެ ތެރޭގައި، ހުޅުމާލެ ލޮޓް ނަންބަރު 11329 ގޯތީގައި ޢިމާރާތްކުރުމުގީ މަސައްކަތް، ތިންވަނަ ފަރާތަކާ ޙަވާލުކޮށްފައިވަނީ، ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމަށް 1 (އެކެއް) އަހަރު މުއްދަތު ފާއިތުނުވަނީސްކަން ފާހަގަކޮށްފައިވާކަމާއި، ސިވިލް ކޯޓުން މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/53 ޤަޟިއްޔާގެ "ޝަރީޢަތް ނިމު ނުގޮތް"ގެ 24 ވަނަ ނުކުތާ. މައުޟޫޢީގޮތުން ބެލުމުގައި، މައްސަލައިގައިހިމެނޭ ތިންވަނަ ފަރާތަށް، އެ ފަރާތުގެ މަޞްލަޙަތު ދިފާޢުކުރުމުގެ ފުރުޞަތު ދޭންވާނެކަމަށް ކަނޑައަޅާފައި ވާކަމަށް ބަޔާންކޮށްފައިވެއެވެ.

13ބުނެވިދިޔަ ކަންކަމުގެ އިތުރުން، ދަށުކޯޓު ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޞަފުޙާ 45 އިން 48 އަށް ހިމަނާފައިވާ ލިޔުންތަކުގެ ތެރޭގައި އެޗް.ސީ. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އެވެކިޔާ ކުންފުންޏަކުން މައްސަލައިގެ ތެރެއަށް ވަނުމަށްއެދި ހުށަހަޅާފައިވާ ފޯމުގައި، "އަޑުއެހުން ނިންމާފައިވާތީ ހ އުދަ ނުދޭގޮތަށް" ލިޔެފައިވާއިރު، އެ ކުންފުނިން ތަދައްޚުލުވުމުގެ ހުއްދަ ލިބިދީފައި ނުވާކަމުގެ މަޢުލޫމާތާއި ސަބަބު، ސިވިލް ކޯޓުގެ ނިންމެވުމުގައި ބަޔާންކޮށްފައި ނުވާކަމަށެވެ. އެޗް.ސީ. މޯލްޑިވްސް ޕްރައިވެޓ ލިމިޓެޑްއިން ހުށަހެޅް ފޯމުގައިވަނީ، ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރއާއި މުޙައްމަދު އިބްރާހީމްމަނިކުއ ދެމެދާ މި މައްސަލައިގައި އުފެދިފައިވާ ޚުޞޫމަތަށ ޙައްސާސް މޢަ ލޫމާތެއްކަމަށު ދކޭކަމަށެ ވެ.

14މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ 23 އޮގަސްޓު 2017 ދުވަހު ކަމަށްވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/24 ޤަޟިއްޔާގެ ނިންމުމުގައި ބުރަދަން ދީފައިވަނީ، 27 ޑިސެމްބަރު 2017 ދުވަހުގެ ފަހުން ހިނގި މުއްދަތުގައި ކުލި ދައްކާފައި ނެތުމުގެ މައްޗަށްކަމަށްވެފައި، މުޙައްމަދު އިބްރާހީމްމަނިކުގެ ފަރާތުން ހުޅުމާލެ ލޮޓް ނަންބަރު 11329 ގޯއްޗާގުޅިގެން ތިންވަނަ ފަރާތަކާއެކު ކޮށްފައިވާ މުޢާމަލާތަށް ބެލުމެއްނެތި، ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތްކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވެއެވެ. ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޞަފުޙާ 45 އިން 48 ގައި ހިމަނާފައިވާ )(IS)D Page 34 to 36 ގެ ގޮތުގައި ފާހަގަކޮށްފައިވާ ) "ކޯޓަށް ހުށަހެޅް ހިނގަމުންދާ މައްސަލައެއްގެ ތެރެއަށް ވަނުމަށް ނުވަތަ ކޯޓަށް ހުށަހެޅި ހިނގަމުންދާ މައްސަލައެއްގައި ދަޢުވާ ކުރުމަށްއެދޭ ފޯމު".

15ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރއިނ އެއްބަސްވުމުގް ދަށުން އަދާކުރަންޖެހޭ ޒިއްމާއެއް އަދާނުކޮށްގެން މުޙައްމަދު އިބްރާހީމްމަނިކުގެ ފަރާތުން އެއްވެސް ނޯޓިސްއެއް ދީފައިނުވުމާއި، އެއްބަސްވުން ބާޠިލުކުރިކަން ނުވަތަ ކުރާނެކަމުގެ އެއްވެސް އިޝާރާތެއް ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރއަށް ދީފައިނުވާއިރު، ސިވިލް ކޯޓުން އެއްބަސްވުން ބާޠިލު ކޮށްފައިވުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދު ކޮށްފައިވުމާގުޅުވައި، 3 ވަނަ އިސްތިއުނާފީ ނުކުތާ ހުށަހަޅާފައި ވާކަމަށެވެ. އެއްބަސްވުމުގެ ބައިވެރިން ޢަމަލު ކުރަންޖެހޭނީ އެއްބަސްވުމުގައިވާ ގޮތުގެމަތިން ކަމަށްވާއިރު، ސިވިލް ކޯޓުގެ ނިންމެވުމުގައި، އެއްބަސްވުމުގައި ބަޔާންކޮށްފައިނުވާ ބައެއްކަންކަމަކީ، އެއްބަސްވުމުގައި ހިމެނޭ ބައިތަކެއްކަމުގައި ބަލައިގެން މައްސަލައިގައި ގޮތްކަނޑައަޅުއްވާފައި ވާކަމަށް ފާހަގަކުރެވޭ ކަމަށާއި، މައްސަލައާ ގުޅުންހުރި މުހިއްމު މަޢުލޫމާތު އެއްފަރާތްކޮށް ޙައްލު ހޯދުމަށް މަސައްކަތް ކޮށްފައިވާކަމަށް ދޭހަވާކަމަށާއި، ޤާނޫނީގޮތުން މިކަމުގައި އަރާފައިވާ އޮޅުން ހަމަމަގަށް އެޅުވުމުގެ އެއްވެސް އިރުޝާދެއްދީ، ޢަމަލު ކުރަންޖެހޭ އުޞޫލު ކަނޑަޅާފައި ނުވާކަމަށް ފާހަގަކުރެވޭކަމަށެވެ. އެހެންކަމުން، ސިވިލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބެލުމުގައި، ކުލި ނުދެއްކުމަކީ ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ފަރާތުން އެއްބަސްވުމާ ޚިލާފުވާފަދައިން ކޮށްފައިވާ ޢަމަލެއްކަމަށް ކަނޑައަޅާފައިވަނީ، ސުޕްރީމް ކޯޓުގެ ނިންމެވުމުގެ ޕެރެގްރާފް 12 އިން 19 އަށް އަދި 22 ވަނަ ޕެރަގްރާފްގައި ބަޔާންކޮށްފައިވާ އެއްބަސްވުން މާނަކުރުމުގެ އުޞޫލުތަކަށް ބެލުމެއްނެތި ކަމަށްވެފައި، އެ މައްސަލަ ނިންމާފައިވަނީ ރަނގަޅަށްކަމަށް ސުޕްރީމް ކޯޓުން ނުދެކޭކަމަށެވެ.

16ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ފަރާތުން ހެކި ހުށަހެޅުމުގެ ފުރުޞަތު ލިބިދިނުމަށާއި، އެޗް.ސީ. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު އިބްރާހީމްމަނިކުއ ދެމެދާ ވެފައިވާ އެއްބަސްވުމުގެ ކޮޕީއެއް ޝަރީޢަތަށް ހުށަހެޅުމަށް ކޯޓުން އަންގައިދިނުމަށް އެދިފައިވާއިރު، މައްސަލަ ނިންމުމުގައި އެކަންކަން އެއްފަރާތް ކޮށްފައިވާކަމަށް 4 ވަނަ އިސްތިއުނާފީ ނުކުތާގައި ބުނެފައިވާކަމަށެވެ. ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން، ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ފަރާތުން ބުނެވިދިޔަ ގޮތުގެމަތިން އެދިފައިވާކަން އެނގޭއިރު، ހެކިން ޙާޟިރު ކޮށްފައިވާކަން އަދި އެއްބަސްވުން ހޯދުމަށް ކޯޓުން އަންގާފައިވާކަން އެނގެން ނެތްކަމަށާއި، އެކަންކަމާ ގުޅޭގޮތުން އެއްވެސްކަމެއް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައި ނުވާކަމަށެވެ. މި ނުކުތާއާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެކަމާމެދު ހައިކޯޓުން ގޮތެއްކަނޑައަޅާފައި ނުވާކަމަށެވެ.

17ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ފަރާތުން ހެކިންގެކިބައިނ ސާބިތުކުރުމަށް ބޭނުންވި ކަންކަމުގެ މައްޗަށް ބަލާއިރު، އެ ކަންކަމަކީ މައްސަލައިގެ މައުޟޫޢުއަށް ގޮތްކަނޑައެޅުމަށްޓަކައި މުހިއްމު ހެކިތަކެއްކަމަށް ގަބޫލުކުރެވޭކަމަށާއި، ހެކިންނަށް ފުރުޞަތު ލިބިދީފައިނުވުމާއި، ލިބިދީފައިނުވާ ސަބަބު ބަޔާންކޮށްފައި ނުވުމަކީ އެކަށީގެންވާގޮތެއ ނޫންކަމަށް ސުޕްރީމް ކޯޓުން ނިންމަވާފައިވެއެވެ.

18އިސްތިއުނާފު ކޮށްފައިވާ މައްސަލަ ނިންމަންފެންނަ ގޮތްކަމުގައި، ސުޕްރީމް ކޯޓުން ބަޔާންކޮށްފައިވަނީ ތިރީގައިވާގޮތަށެވެ.

1.18. ސިވިލް ކޯޓުންނާއި ހައިކޯޓުން މައްސަލައިގައި ގޮތްކަނޑައަޅާފައިވަނީ ހުޅުމާލޭ ލޮޓް 11329 ޢި މާރާތްކޮށ ދިގުމުއްދަތަކަށް ކުއްޔަށް ދިނުމަށްޓަކައި މުޙައްމަދު އިބްރާހީމްމަނިކުގެ ފަރާތުން ތިންވަނަ ފަރާތަކާއެކު ކޮށްފައިވާ މުޢާމަލާތަށް ބެލުމެއްނެތި ކަމުގައިވާތީއާއި؛

2.18. ސިވިލް ކޯޓުގައާއި ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބެލުމުގައި، އެއްބަސްވުމުގެ ދަށުން ކުލި ދެއްކުމާބެހޭގޮތުން ހުރިމާއްދާތަކަށާއި، އެއްބަސްވުމުގައިވާ ފަދައިން ކުލި ނުދައްކައިފިނަމަ ޢަމަލުކުރުމަށް ދެފަރާތުން އެއްބަސްވެފައިވާ އިޖުރާއަތަށާއި، މުޙައްމަދު އިބްރާހީމްމަނިކުގެ ފަރާތުން ޢިމާރާތްކޮށް ކުއްޔަށްދީފައިވާ ތަނާއި ޙަވާލުވެވޭނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވަ ގޮތްތަކުގެ މައްޗަށް ރިޢާޔަތްކޮށްފައި ނުވާތީއާއި؛

3.18. މައްސަލައިގެ މައުޟޫޢަށް ގޮތްކަނޑައެޅުމަށްޓަކައި މުހއި މ ހެކިތަކެއް ހުށަހެޅުމުގެ ފުރް ސ ތ ލިބިދީފައިނުވެ، އެ ފުރުސަތު ލިބިދީފައި ނުވާސަބަބު ބަޔާންކޮށްފައިނުވާތީ؛

4.18. މި މައްސަލައަކީ އެ (އިސްވެ ބަޔާންކޮށްފައިވާ) ކަންކަމަށާއި، ކޮންޓްރެކްޓާބެހޭ ޤާނޫނަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މައްސަލައިގެ ރައުޔުގެ 20 ވަނަ ޕެރެގްރާފުން ފެށިގެން 22 ވަނަ ޕެރެގްރާފްގެ ނިޔަލަށް ފާހަގަކޮށްފައިވާ ޤާނޫނީ އުޞޫލުތަކަށާއި، ދައުލަތް ވ. ވިލާ އެއަރ ޕވޓ ލޓޑ(2019/SC-A/85) ޤަޟިއްޔާގައި (މީގެފަހުން "ވިލާ އެއަރ މައްސަލަ"ކަމަށް ބުނެފައިވާ)، އެއްބަސްވުމާ ޚިލާފުވެގެން އެއްބަސްވުން ނިމުމަކަށް ގެނައުމާގުޅޭގޮތުން ފަނޑިޔާރު ޙުސްނުއްސުޢޫދު ފާހަގަކުރައްވާފައިވާ ކަންކަމުގެ އަލީގައި، އަލުން ބަލަންޖެހޭ މައްސަލައެއްކަމަށް ބަޔާންކޮށްފައިވެއެވ. އަދި އެ ނިންމެވުމަށް، އެ މައްސަލައިގައި ބައިވެރިވެވަޑައިގަތް ފަނޑިޔާރުން ތާއީދު ކުރައްވާފައިވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން މިހާރު ބަލަމުންދާ މައްސަލަ

19މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ރަޖިސްޓަރީ ކުރުމަށްފަހު، ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ފަރާތުން 17 މާރިޗް 2025 ދުވަހު ވަގުތީ އަމުރަށްއެދޭ ފޯމެއް ހުށަހަޅާފައިވެއެވެ. އެ ފޯމު މުޙައްމަދު އިބްރާހީމްމަނިކުއާ ޙިއްޞާކޮށް، ލިޔުމުން ޖަވާބު ދިނުމަށް ދެވުނު ފުރުޞަތުގައި، މުޙައްމަދު އިބްރާހީމްމަނިކުގެ ފަރާތުން ޖަވާބެއް ހުށަހަޅާފައިނުވެއެވެ. އެއަށްފަހު، ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ރިޢާޔަތްކޮށް، މި ކޯޓުގެ ނަންބަރު B7/CHT/2025/1318-95 "ވަގުތީ އަމުރު" (09 އޭޕްރލި 2025) ދުވަހު ނެރެފައިވެއެވެ.

20މި މައްސަލައިގެ އަޑުއެހުމެއް 20 އޭޕްރިލް 2025 ދުވަހު ބޭއްވުމަށް ހަމަޖެހިފައި ވީނަމަވެސް، އިސްތިއުނާފު ރައްދުވާ ފަރަތުން ޙާޟިރުވެފައިނުވާތީ، އެ އަޑުއެހުން ކެންސަލް ކުރަންޖެހިފައިވެއެވެ. އަދި 07 މެއި 2025 ދުވަހު ބޭއްވުމަށް ހަމަޖެހުނު އަޑުއެހުމަށް ވަކީލު ޙާޟިރުވާނެކަމަށް އިދާރީގޮތުން މަޢުލޫމާތު ދީފައިވީނަމަވެސް، ވަކީލކުވެސަ އަދި މުޙައްމަދު އިބްރާހީމްމަނިކުވެސް ޙާޟިރުވެފައިނުވާތީ، މި ކޯޓުގެ ނަންބަރު 8211B7/CHT/2025/-95 "ޖޫރިމަނާ ކުރިކަން އަންގާ ޗިޓް" (07 މެއި 2025) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، 150.00ރ (ސަތޭކަ ފަންސާސް ދިވެހި ރުފިޔާ) އިން، އިސްތިއުނާފު ރައްދުވާ ފަރާތް ޖޫރިމަނާކޮށް، އެ އަޑުއެހުންވެސް ކެންސަލ ކުރަންޖެހިފައިވެއެވެ.

21އެއަށްފަހު، މި ކޯޓުގެ ނަންބަރު B7/CHT/2025/1860-95 "ކޯޓަށް ޙާޟިރުވުމުގެ އަމުރު" (08 މެއި 2025) ގައި، "މުހިއްމު: ޝަރީޢަ ތުގެ މަޖިލީހަށް ޙާޟިރުވާނެ އެދެން ވަކީލަކީ ނުވަތު ވަކީލަކާއެކު ކަމަށްވާނަމަ، އިދާރީ އިންތިޒާމު ހަމަޖައްސަވައި، ޖަވާބުދާރީވުމަށް ތައްޔާރުވެ ޙާޟިރުވުމަށް އަންގަމެވެ. އަދި މި މައްސަލައިގައި ޙާޟިރުވުމުގެ ކޯޓުއަމުރާ ޙަވާލުވެ، މަޤުބޫލު ޢުޒުރެއްނެތި ޝަރީޢަތުގެ އަޑުއެހުމަށު މީގެކުރިން ޙާޟިރުވެފައި ނުވާފަރާތަކަށްވާތީ، ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުނުވެއްޖެނަމަ، ޣައިރު ހާޟިރުގައި މައްސަލަ ކުރިއަށް ގެންދެވޭނެކަންވެސް އަންގަމެވެ." މިހެންލިޔެ، 22 މެއި 2025 ދުވަހުގެ 11:15 އަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ޙާޟިރުވުމަށް އަންގާފައިވާ އަމުރާ، މުޙައްމަދު އިބްރާހީމްމަނިކުގެ ފަރާތުން 08 މެއި 2025 ދުވަހު ޙަވާލުވެފައިވާކަން މި ކޯޓުގެ ލިޔުންތަކުން ދައްކައެވެ. އަދި 22 މެއި 2025 ދުވަހު ޝަރީޢަތުގެ އަޑުއެހުމަށް، ވަކީލެއް އަދި މުޙައްމަދު އިބްރާހީމްމަނިކުވެސް ޙާޟިރުވެފައިނުވާތީ، ބުނެވިދިޔަ މަޢުލޫމާތު ޝަރީޢަތުގެ މަޖިލީހުގައި ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރއާ ޙިއްޞާކުރުމުން، ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ އިޢުތިރާޟެއް ނެތްކަމަށް ބުނެފައިވާތީ، މުޙައްމަދު އިބްރާހީމްމަނިކުގެ ޣައިރު ޙާޟިރުގައި މައްސަލަ ކުރިއަށް ގެންދިޔުމަށް ކަނޑައަޅައި، މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް އެ ދުވަހު ނިމުމުން، އަޑުއެހުންތައް ނިމުނުކަމަށް އެ ދުވަހުގެ ޝަރީޢަތުގެ އަޑުއެހުމުގައި އިޢުލާނު ކޮށްފައިވެއެވެ. މި އަޑުއެހުމަކީ ޢާއްމުކޮށް ހުޅުވާލއިގެނަ ބޭއްވުނު އަޑުއެހުމަކަށްވެފައި، މައްސަލައިގެ ޚަޞްމުން އަލުން ބަލަން ބޭނުންވެއްޖެ ޙާލަތެއްގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޔޫޓިއުބުން ބެލޭނެއަޑުއެހުމެކެވެ. އެހެންނަމަވެސް، މި މައްސަލައިގެ އިތުރު އަޑުއެހުމެއް ބޭއްވުމަށް މުޙައްމަދު އިބްރާހީމްމަނިކުގެ ފަރާތުން މިއަދާހަމައަށްވެސް އެދިފައިނުވެއެވެ.

22މި މައްސަލައަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/53 ޤަޟިއްޔާގެ ތަރަހައިގެ ތެރެއިން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/24 ޤަޟިއްޔާ އަލުން ބެލުމަށްޓަކައި ތަޙުވީލުކޮށްފައިވާ މައްސަލައަކަށްވެފައި، މި ޙާލަތުގައި ގޮތްނިންމަންޖެހޭނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/24 ޤަޟިއްޔާގައިވާ ޤާނޫނީ ނުކުތާތަކުގެ މައްޗަށްކަމަށްވާތީ، އެ 4 (ހަތަރެއް) ނުކުތާ އެ އޮތްގޮތަށް ތިރީގައި ނަކަލުކުރަމެވެ.

1.22. ފުރަތަމަ އިސްތިއުނާފީ ނުކުތާ: ޕްރިމިއަރ ޕްރޮޕަޓީ އާއި […] މުޙައްމަދު އިބްރާހީމްމަނިކުއާއި ދެމެދު 08 ޑިސެމްބަރު 2015 މި ތާރީޚުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އިމާރާތްކުރުމަށް ދީފައިވާ 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި އިމާރާތްކޮށްފައި ނުވާތީ، އިމާރާތްކުރުމަށް ގުނޭ މުއްދަތުކަމަށްވާ 01 (އެކެއް) އަހަރު ދުވަހުގެ ކުލި ދައްކަން ނުޖެހޭ އަހަރެއްކަމުގައ އެއްބަސްވުމުގައި ބަޔާންވެގެންވުމަކީ އިމާރާތްނުކޮށް އަދި ކުލިވެސް ނުދައްކާ ދެމިތިބުމަށ ބަޔާން ވެގެންވާ މާއްދާއެއް ނޫން ކަމަށާއި ޕްރިމިއަރ ޕރޮޕަޓް މެނޭޖަރ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކާފައިވާ ކުލީގެ ފައިސާ ބެލެވޭނީ އެއްބަސްވުމުގައި ސޮއިކޮށް ޢިމާރާތްކުރުމަށް ނުފަށާ ވޭތުވި ފުރަތަމަ އަހަރަށް ދައްކާފައިވާ ކުލީގެ ފައިސާގެ ގޮތުގައި ކަމާއި އޭގެ ފަހުން އިމާރާތް ކުރަން ނުފަށާ މިހިގާދާ މި ދުވަސްތަކަށް މިހާތަނަށް ދައްކަންޖެހޭ ކުލި ދައްކާފައި ވާކަމަށް ބެލެވޭނެ ހެއްކެއް ހުށަހެޅިފައި ނުވުމުން ކުލި ދައްކާފައިވާކަމުގައި ބެލެވެންނެތްކަމަށް ކަނޑައަޅުއްވާފައި އޮންނަ އޮތުމަކީ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގައި ބުނާފަދަ ޢަދުލުވެރި ނިންމުމެއް ނޫންކަމާއި އަދި ޤާނޫނު ނަންބަރު: 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާ އާއި ހިލާފަށް ކަނޑައަޅުއްވާފައިވާ ނިންމުމެއްކަން.

2.22. ދެވަނަ އިސްތިއުނާފީ ނުކުތާ: ޕްރިމިއަރ ޕްރޮޕަޓީ އާއި […] މުޙައްމަދު އިބްރާހީމްމަނިކުއާއ ދެމެދި ވެފައިވާ އެއްބަސްވުމުގެ ދަށުން އިމާރާތް ކުރަން ދީފައިވާ 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި އިމާރާތްކޮށް ނުނިމުމަކީ އެއްބަސްވުން ބާޠިލު ކުރެވޭނެ ހުއްޖަތެއް ނޫންކަމަށް އެއްބަސްވުމުގެ 15 ވަނަ މާއްދާގައި ކަނޑައަޅާފައި އޮންނަ އޮތުމަކީ އިމާރާތްކުރަން ދީފައިވާ އެއް އަހަރު ދުވަހުގެ ތެރޭގައި އިމާރާތް ކުރަން ނުފެށުމުގެ ސަބަބުން އެއްބަސްވުން ބާޠިލުކުރާކުރުމުގެ ހުއްޖަތަކަށް ނުބެލެވޭނެ ކަމަށް ޕްރިމިއަރ ޕްރޮޕަޓީ ގެ ފަރާތުން މާނަކޮށް ދެކޭގޮތް ރަނގަޅުކަމުގައި ބެލެވެން ނެތްކަމަށް ކަނޑައަޅުއްވާފައި އޮންނަ އޮތުމަކީ ޤާނޫނު ނަންބަރު: 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ނަންބަރު 2018/SC-A/01 އާއި، 2018/SC-A/02 އާއި، 2018/SC-A/03 އާއި، 2018/SC-A/04 އަދި 2018/SC-A/05 ޤަޟިއްޔާތަކުގައި ނިޔާ ކަނޑައަޅުއްވާފައިވާ ގޮތާއި ޚިލާފަށް ކަނޑައަޅުއްވާ ފައިވާ ނިންމުމެއްކަން.

3.22. ތިންވަނަ އިސްތިއުނާފީ ނުކުތާ: ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޕްރިމިއަރ ޕްރޮޕަޓީ ގެ މައްޗަށް އިމާރާތް ކުރުން ލާޒިމުކޮށްފައިވާ އިމާރާތުގެ މަސައްކަތް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުރަންފަށާފައ ނުވާކަމަށާއި ދައްކަންޖެހި ކުލި ނުދައްކާކަމަށް ކަނޑައަޅުއްވާ ފައިވަނީ ޕްރިމިއަރ ޕްރޮޕަޓީގެ ފަރާތުން ހުށަހަޅާފައިވާ ކިތާބީ ހެއްކާއި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ރިޢާޔަތް ނުކުރައްވާކަމާއ އަދި މުޙައްމަދު އިބްރާހީމްމަނިކު މަކަރާއި ޙީލަތުން ހުޅުމާލެ ލޮޓް ނަންބަރު 11329 އެހެން ފަރާތަކަށް ކުއްޔަށް ދީފައިވާ ކަން ސާބިތުކުރުމަށް ހުށަހެޅި ޝަފަހީ ހެއްކާއި ކިތާބީ ހެއްކަށް ރިޢާޔަތް ނުކުރައްވާކަން.

4.22. ހަތަރުވަނަ އިސްތިއުނާފީ ނުކުތާ: ޕްރިމިއަރ ޕްރޮޕަޓީ އާއި […] މުޙައްމަދު އިބްރާހީމްމަނިކުއާއ ދެމެދި ވެފައިވާ އެއްބަސްވުން ބާޠިލުނުކޮށް ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑާއި އެއްވެސް ވާހަކައެއް ހިއްސާކުރުމެއް ނެތި، މަކަރާއި ޙީލަތުން މުޙައްމަދު އިބްރާހީމްމަނިކު އެ ގޯތި އެހެނ ފަރާތަކަށް ކުއްޔަށްދީ އެ ގޯތީގައި އިމާރާތްކުރުމަށް ވެފައިވާ ބާޠިލު މުޢާމަލާތެއްކަމަށް ޝަރީޢަތުގެ ފަރާތުން ބަލާ އަންގާނެ ތަނެއްނެތްކަމަށް ކަނޑައެޅުއްވުމަކީ ކޮންޓްރެކްޓާ ބެހޭ ޤާނޫނު ގެ އެއް އުސޫލު ކަމުގައިވާ tio”“void ab ini ގެ އުސޫލަށް ނުބައްލަވާ މަކަރާއި ޙީލަތުގެ ޢަމަލަކަށް ކޯޓުން ވާގިވެރިވެ ނިންމަވާފައިވާ ނިންމުމެއްކަން.

23ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/24 ޤަޟިއްޔާއާ ގުޅިގެން، 14 ސެޕްޓެމްބަރ 2019 ދުވަހު ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގެ، ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ މަޙުޟަރު ބަޔާނަށް ބަލާއިރު، ފާހަގަކުރެވޭ ކަންކަން ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

1.23. އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ފޯމުގައި، އިސްތިއުނާފީ ނުކުތާތަކާއި ތަފުޞީލު ބަޔާންކޮށްފައިވާކަން ފާހަގަކޮށް، ފޯމުގައިވާ ކަންކަން ޚުލާޞާކޮށް ހުށަހަޅާފައިވެއެވެ.

2.23. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/53 ޤަޟިއްޔާގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/24 ޤަޟިއްޔާގެ އިސްތިއުނާފު ފޯމާއި މަޙުޟަރު ބަޔާނުގައިވާ އެންމެހައިކަންކަނ ފުރިހަމައަށް ޚުލާޞާ ކުރައްވާފައިވެއެވެ.

24ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/24 ޤަޟިއްޔާގެ އިސްތިއުނާފު ފޯމުގައި، ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ފަރާތުން އެދިފައިވަނީ ތިރީގައި ބަޔާން ކޮށްފައިވާގޮތަށެވެ.

1.24. ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަން ނަންބަރު: 2017/DH-C-Cv157/ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ބައްލަވައި މައްސަލައިގެ މައުޟޫޢުގައި ޙުކުމެއް ކުރުމުގެ ކުރިން، ހުޅުމާލެ ލޮޓް ނަންބަރު:11329 ގޯތީގައި، ދަޢުވާލިބޭފަރާތުން ނުވަތަ އެފަރާތުން ހުއްދަދީގެން އެހެންބަޔަކުވެސް ޢިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރުމަށް ދަޢުވާލިބޭފަރާތަށާއި، އެންމެހައި ފަރާތްތަކަށް އަންގައި ވަގުތީ އަމުރު ނެރެދެއްވުން އެދެމެވެ.

2.24. ސިވިލް ކޯޓުގެ ނަންބަރު: HD/2017-C-157/Cv ޤަޟިއްޔާގައި، ނިންމެވިގޮތް، ބާޠިލްކޮށްދެއްވުން އެދެމެވެ.

3.24. ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑާއި […] މުޙައްމަދު އިބްރާހީމްމަނިކު އާއި ދެމެދު 08 ޑިސެމްބަރު 2015 ގައި ވެފައިއޮންނަ އެގްރީމެންޓާ އެއްގޮތަށް […] މުޙައްމަދު އިބްރާހީމްމަނިކު ޢަމަލުކުރުމަށް އަންގަވައި ދެއްވާ […] މުޙައްމދަ އިބްރާހީމްމަނިކުގެ މައްޗަށް އަމުރުކުރައްވައި ޙުކުމްކޮށްދެއްވުން،

4.24. އެހެންފަރާތްތަކާއެކު […] މުޙައްމަދު އިބްރާހީމްމަނިކު މި ގޯއްޗާގުޅޭގޮތުން ކޮށްފައިވާ އެންމެހައި އެގްރީމެންޓްތަކާއި މުޢާމަލާތްތަކަކީ ބާޠިލް ކަންކަން ކަމުގައި ކަނޑައަޅުއްވައި ދެއްވައި ޙުކުމް ކޮށްދެއްވުން،

25ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/24 ޤަޟިއްޔާއާ ގުޅިގެން، 14 ސެޕްޓެމްބަރ 2019 ދުވަހު ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގެ، މުޙައްމަދު އިބްރާހީމްމަނިކުގެ މަޙުޟަރު ބަޔާނަށް ބަލާއިރު، ފާހަގަކުރެވޭ ކަންކަން ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

1.25. މުޙައްމަދު އިބްރާހީމްމަނިކުގެ ބަދަލުގައި ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވެ ވާހަކަ ދައްކަވާފައިވާކަން އެނގެއެވެ.

2.25. މި މައްސަލައަކީ ކުރިން އަޑުއެހުން ނިމިފައިވާ މައްސަލައަކަށްވާތީ އިތުރަށް ކަމެއް ފާހަގަކުރަން ނެތްކަމަށާއި، ދަށުކޯޓުން ނިންމަވާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަމަށް ކަނޑައަޅައިދިނުމަށް އެދޭކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް، އެ މައްސަލައިގެ ލިޔުންތައް ބެލިއިރު، އިސްތިއުނާފީ ނުކުތާތައް ޚުލާޞާކޮށް ހުށަހަޅާފައިވާކަން ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ މަޙުޟަރު ބަޔާނުން އެނގޭއިރު، 14 ސެޕްޓެމްބަރ 2019 ދުވަހު ފިޔަވައި އިތުރު އަޑުއެހުމެއް ބޭއްވުނކު ނ ނުވަތަ އެފަދަ އިތުރު އަޑުއެހުމެއްގެ މަޙުޟަރު ބަޔާނެއް މައްސަލައިގެ ފައިލަކުނެތެވެ.

3.25. ހުޅުމާލެ ލޮޓް ނަންބަރު 11329 ގޯތީގެ ޙާލަތާ ގުޅުވައި، ތިންވަނަ ފަރާތަކާ މަސައްކަތް ޙަވާލުކޮށްގެން މަސައްކަތް ކުރިއަށް ދިޔަކަމާމެދު ސުވާލުކުރުމުން، މުޙައްމަދު އިބްރާހީމްމަނިކުގެ ފަރާތުން "އާދެ" ބުނުމަށްފަހު، "މިހާރުގެ ޙާލަތު އަޅުގަނޑަށް ސާފުކޮށްލެވިފައެއް ނެތް" މިހެން

26ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/53 ޤަޟިއްޔާގެ ނިންމެވުމާ ގުޅޭގޮތުން، މި މައްސަލައާ ގުޅިގެން 22 މެއި 2025 ދުވަހު ބޭއްވުނު އަޑުއެހުމުގައި، ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ފަރާތުން ފާހަގަކުރަންހުރި ކަންކަމަށް ދެވުނު ފުރުޞަތުގައި، ހުށަހަޅާފައިވާ ކަންކަން ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

27މި މައްސަލައިގައި 22 މެއި 2025 ދުވަހު ބޭއްވުނު އަޑުއެހުމުގައި، ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ފަރާތުން ލިޔުމުން ބަޔާނެއް ހުށަހެޅުމަށް ފުރުޞަތަކަށް އެދިފައިވާއިރު، މި މައްސަލައަކީ 2022 ވަނަ އަހަރު ރަޖިސްޓަރީ ކޮށްފައިވާ މައްސަލައަކަށްވެފައި، މައްސަލައިގެ އަޑުއެހުން ތާވަލުކުރުމާ ހަމައަށް އެފަދަ ފރުޞަތަކަށު އެ ދިފައިނުވާތީ، ތަޙުވީލު ކޮށްފައިވާ މައްސަލައާ ގުޅިގެން އަނގަބަހުން ކަންކަން ފާހަގަކުރުމަށް ފުރުޞަތު އެރުވިފައިވެއެވެ.

28ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރއިން ދެކޭގޮތުގައި، ސުޕްރީމް ކޯޓުގެ ނިންމެވުން 3 (ތިނެއް) ބަޔަކަށް ބެހިގެންވާކަމަށެވެ.

1.28. ތިންވަނަ ފަރާތަކާއެކު ކޮށްފައިވާ މުޢާމަލާތަށާއި، ހެއްކަށް ރިޢާޔަތް ކޮށްފައިނުވުން.

2.28. އެއްބަސްވުމުގެ ދަށުން ކުލިދެއްކުމާބެހޭ މާއްދާތައް މާނަކޮށް ނުރަނގަޅުކޮށް ގޮތްކަނޑައަޅާފައިވުން.

3.28. އެއްބަސްވުން ބާޠިލުކޮށްފައިވަނީ ވިލާ އެއަރ މައްސަލައިގައި ބަޔާންކޮށްފައިވާ އުޞޫލާ އެއްގޮތަށްތޯ ބެލުން، މިއެވެ.

29އިސްތިއުނާފު ފޯމުގެ 7.1 ވަނަ ނުކުތާއާ ގުޅުވައި، މައްސަލައިގެ ޚުޞޫމަތާ ގުޅުންހުރި ތާރީޚުތައް މުހިއްމުކަމަށާއި، ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ފަރާތުން ޝަފަހީ ހެކިން ހުށަހަޅާފައި ވާކަމަށް ބުނެފައިވެއެވެ. ދަށުކޯޓގައު ހެކިން ހުށަހެޅި ސަބަބަކީ، އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ތިންވަނަ ފަރާތަކާއެކު މުޙައްމަދު އިބްރާހީމްމަނިކު އެއްބަސްވުމެއް ވެފައިވާކަންސާބިތު ކޮށްދިނުމުގެ ބޭނުމުގައިކަމަށެވެ. މައްސަލައިގެ ޚުޞޫމތަކީވެސް އެއީކަމަށެވެ. ނަމަވެސް، ސިވިލް ކޯޓުން އެ ހެއްކަށް ރިޢާޔަތް ނުކުރެއްވުމުގެ އިތުރުން، ހެކިން ޙާޟިރު ކޮށްދީފައިވެސް ނުވާކަމަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މެރީޑިއަމ ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ވ. ސޢީދަ މޫސާ މައްސަލައިގައި، ހެއްކަކު ޙާޟިރުނުކުރާނަމަ، ޙާޟިރުނުކުރި ސަބަބު ބަޔާންކޮށްދޭން ޖެހޭކަމަށް ކަނޑައަޅުއްވާފައި ވާކަމަށެވެ.

30އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި، މުޙައްމަދު އިބްރާހީމްމަނކި އެޗް.ސީ. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ފަރާތަކާއެކު އެއްބަސްވުމެއް ވެފައިވާކަމާއި، ތިންވަނަ ފަރާތުން މި މައްސަލައަށް ތަދައްޚުލުވާން އެދޭކަން ސިވިލް ކޯޓަށް އެނގިފައިވާކަމަށް ދެކޭކަމަށެވެ. އަދި ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/26 ޤަޟިއްޔާ. އެއްބަސްވުން ހޯދުމަށް އެދިފައިވާކަމަށާއި، ތިންވަނަ ފަރާތަކާއެކު ވެފައިވާ އެއްބަސްވުމަކީ ފެށުމުގައިވެސް ބާޠިލު އެއްބަސްވުމެއްކަމަށް ކަނޑައަޅައިދިނުމަށް އެދޭކަމަށެވެ.

31އެހެންކަމުން، މި މައްސަލައިގެ މައިގަނޑު ވާޤިޢާތައް ދަށުކޯޓު މަރުޙަލާގައި ކަނޑައެޅިފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ނުދެކކޭ މަށެވެ.

32އިސްތިއުނާފު ފޯމުގެ 7.2 ވަނަ ނުކުތާއާ ގުޅުވައި، މުޙައްމަދު އިބްރާހީމްމަނިކުގެ ހުށަހެޅުމަކީ އެއްބަސްވުމާ އެއްގޮތަށް ޢިމާރާތްކޮށް ކުލި ދައްކާފައިނުވާތީ، އެއްބަސްވުން ބާޠިލު ވެފައިވާކަމަށް ކަނޑައަޅަން ޖެހޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. ސިވިލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުންވެސް މައްސަލަ ނިންމަވާފައިވަނީ މުޙައްމަދު އިބްރާހީމްމަނިކުއާ އެއްކޮޅަށްކަމަށެވެ. އެއްބަސްވުމުގެ 7.2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމާއި، އެ މާއްދާ ތަރުޖަމާ ކުރަންޖެހޭގޮތުގެ މައްޗަށް އިސްތިއުނާފުކުރާ ފަރާތުން ވާހަކަ ދައްކާފައިވެއެވެ.

33ކުލި ދައްކަންޖެހޭގޮތާއ ކުލި ދައްކާފައިވުމާމެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު -2021/SC A/53 ޤަޟިއްޔާގައި ޖަވާބެއް ދެއްވާފައިވޭތޯ ޝަރީޢަތުން ސުވާލުކުރުމުން، އެކަމަށް ޖަވާބެއް ދެއްވާފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށް ބުނެފައިވެއެވެ. ސުޕްރީމް ކޯޓުން އެއްބަސްވުން މާނަކުރުމުގައި ބަލަންޖެހޭ ކަންކަން ބަޔާން ކުރައްވާފައިވާކަމަށާއި، މުއްދަތުގެ ތެރޭގައި ކުލި ނުދައްކާ ވާކަމަށް ކަނޑަނޭޅޭނެކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.

34ސިވިލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމެވުމުގެ ރޭޝިއޯ ޑެސިޑެންޑައިއަކަށް ވެފައިވަނީ، ޢިމާރާތް ކުރަންޖެހޭ މުއްދަތުގެ ތެރޭގައި ޢިމާރާތް ނުކުރުމާއި ދައްކަންޖެހޭގޮތަށް ކުލި ނުދެއްކުންކަމަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމެވުމަށްފަހު، ކުލި ނުދައްކާކަމަށްބުނެ، އެމައްޗަށް ބިނާކޮށް އެއްބަސްވުން ބާޠިލު ނުކުރެވޭނެކަމާމެދު ޝައްކެއް ނެތްކަމަށް ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ފަރާތުނަ ބުނެފައިވެއެވެ. އަދި މިހާރު ސުވާލު އުފެދިފައިވަނީ ޢިމާރާތްކުރުމާ ގުޅޭގޮތުންކަމަށެވެ. މި ޙާލަތުގައި ވިލާ އެއަރ މައްސަލަ އިގައި އެއްބަސްވުން ބާޠިލުކުރުމާ ގުޅޭގޮތުން ކަނޑައަޅުއްވާފައިވ އުޞޫލުތަކަށް ބަލަންޖެހނޭކަމަ ށެވެ. އެއްބަސްވުން ބާޠިލުކުރެވޭނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމަށްވެފައި، ޢިމާރާތްކޮށް ނުނިމުމަކީ އެއްބަސްވުން ބާޠިލުކުރެވޭނެ ސަބަބެއް ނޫންކަމަށް އެއްބަސްވުމުގައި މުޠުލަޤަށް ބަޔާންކޮށްފައިވާއިރު، އެކަމަށް ރިޢާޔަތްކޮށްފައި ނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން

35ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ފަރާތުން ބުނެވިދިޔަ ކަންކަން ފާހަގަކުރުމަށްފަހު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/24 ޤަޟިއްޔާގެ މައްސަލައިގައިވާ ދަޢުވާ ފޯމުގައި އެދިފައިވާގޮތް ތަކުރާރުކޮށްފައިވެއެވެ.

36މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރުން ކޮށްފައިވާ ސުވާލާ ގުޅިގެން ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި އެވަނީއެވެ.

1.36. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި، އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ފުރަތަމަ އިސްތިއުނާފީ ނުކުތާއަށް ޙައްލެއް ލިބިފައިވާކަމަށް ގަބޫލުކުރައްވަންތޯ ސުވާލުކުރުމުން، ފުރަތަމަ އިސްތިއުނާފީ ނުކުތާއާ ގުޅޭގޮތުން ސީދާޙައްލެއް ލިބިފައިވާކަމަށް ނުދެކޭކަމަށާއި، ޤާނޫނީގޮތުން ކަނޑައަޅަންޖެހޭ ކަންކަން ކަނޑައަޅުއްވާފައި ވާކަމަށް ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ފަރާތުން ޖަވާބު ދީފައިވެއެވެ.

2.36. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގެ 24 ވަނަ ނުކުތާގައިވަނީ، ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ފަރާތުން ކުލިދެއްކުމާ ގުޅޭގޮތުން ހުށަހަޅާގޮތް ރަނގަޅު ކަމަށްތޯ ނުވަތަ ގޯސްކަމަށްތޯ ސުވާލުކުރުމުން، އެ ޤަޟިއްޔާގެ 24 ވަނަ ނުކުތާގައިވަނީ 1 (އެކެއް) އަހަރު ދުވަހުގެ ކުއްޔާ ގުޅޭގޮތުން ދެ ފަރާތުގެ މައްސަލައެއް ނެތްކަމަށް ނިންމަވާފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.

3.36. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގެ 31 ވަނަ ނުކުތާ އަދި 33 ވަނަ ނުކުތާގައި، ތިންވަނަ ފަރާތަކާއެކު ކޮށްފައިވާ މުޢާމަލާތަށް ބެލުމެއްނެތި، ހައިކޯޓުން މައްސަލައިގައި ގޮތްކަނޑައަޅުއްވފައިވާކަމަށް ނިންމަވާފައިވާތީ، މޙި ލަތުގައި ދެންވާނާ ޖެހޭގޮތަކީ ކޮބައިކަމާމެދު ޝަރީޢަތުން ސުވާލުކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓަށް ހެކިން ހާޟިރުކޮށް، ހެކިބަސް ނެގޭނެކަމަށް ނުދެކޭކަމަށާއި، އަދި ހެކިބަސް ހޯދަންޖެހޭކަމަށް ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ފަރާތުން ބުނެފައިވެއެވެ. މި ޙާލަތުގައި އެދިވަޑައިގަންނަވަނީ ކޮންކަމކަށްތޯ ޝަރީޢަތުން އިތުރަށް ސާފުކުރުމުން، މި ނުކުތާއާ ގުޅޭގޮތުން ދަށުކޯޓުން ގޮތެއްކަނޑައެޅުމަށް ތަޙުވީލު ކުރެވިދާނެކަމަށް ދެކޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ޖަވާބު ދީފައިވެއެވެ.

4.36. ތަޙުވީލު ކުރަންޖެހޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ގަބޫލުކުރައްވާއިރު، ޝަރީޢަތުގައި ތަޙުވީލުކުރުމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ވިދާޅވުފައިނުވާއިރު، މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ފުރަތަމަ އިސްތިއުނާފު ކުރެއްވި އިރުވެސް ތަޙުވީލުކުރުމަށް އެދިވަޑައިގެންފައި ނުވާތީ، މިހާރު އެދިވަޑައިގަންނަވަނީ ކޮންގޮތަކަށްތޯ ސުވާލުކުރުމުން، ހެއްކާބެހޭބައި ތަޙުވީލު ކޮށްދިނުމަށް އެދޭކަމަށް ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ފަރާތުނ ޖަވާބު ދެއްވާފައިވެއެވެ.

5.36. ސުޕްރީމް ކޯޓުގެ ޤަޟިއްޔާގެ 37 ވަނަ ނުކުތާއާއި 38 ވަނަ ނުކުތއަށާ ރިޢާޔަތް ކުރައްވާ އި، މިހާރު ހައިކޯޓަށް ލިބިފައިވާ މަޢުލޫމާތުގެ އަލީގައި، މި ކޯޓުން މިހާރު ގޮތެއް ކަނޑައެޅިދާނެތޯ ޝަރީޢަތުން ސުވާލުކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއްކަނޑައެޅިދާނެކަމަށް ދެކޭކަމަށް

6.36. ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ 3 ވަނަ އިސްތިއުނާފީ ނުކުތާގައި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާއާ ޙަވާލާދީފައި ވާނެތޯއާއި، އެ ނުކުތާގައިވާ ޤާނޫނީ ބަހުސް އިތުރަށް ސާފުކޮށްދިނުމަށް ޝަރީޢަތުން އެދުމުން، ދެފަރާތުގެ މެދުގައި އެއްބަސްވުމެއް ވެފައިވަނިކޮށް، ތިންވަނަ ފަރާތަކާއެކު މުޙައްމަދު އިބްރާހީމްމަނިކު އެއްބަސްވުމެއް ވެފައިވާކަމަށާއި، ތިންވަނަ ފަރާތާއެކު ވެފައިވާ އެއްބަސްވުމަކީ ފެށެމުގައިވެސ ބާޠިލް އެއްބަސްވުމެއްކަމަށް ދެކޭކަމަށް

7.36. ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ފަރާތުން އެދި ވަޑައިގަންނަވަނީ، ތިންވަނަ ފަރާތަކާއެކު މުޙައްމަދު އިބްރާހީމްމަނިކު ވެފައިވާ އެއްބަސްވުމަކީ، އިސްތިއުނާފުކުރާ ފަރާތުން ބައިވެރިވާ އެއްބަސްވުމަކަށް ނުވިނަމަވެސް، އަދި ތިންވަނަ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓާއި ދަށުކޯޓަށްވެސް ޙާޟިރުވުމެއްނެތި، ތިންވަނަ ފަރާތާއެކު މުޙައްމަދު އިބްރާހީމްމަނިކު ވެފައިވާ އެއްބަސްވުން، މި މައްސަލައިގެ ތެރެއިން ދިވެހިރާއްޖޭގެ ހައިކޯޓުން ބާޠިލުކުރަންތޯ ޝަރީޢަތުން ސުވާލުކުރުމުން، އެގޮތުގެމަތިން އެދޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ޖަވާބު ދެއްވާފައިވެއެވެ.

8.36. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގެ 43 ވަނަ ނުކުތާގައި، މައްސަލައިގެ މައުޟޫޢުގައި ނުބެލިހުރިކަމަށް 3 (ތިނެއް) ކެމެއް ބަޔާންކޮށްފައިވާކަމަށެވެ. ފުރަތަމަކަމަކީ، ތިންވަނަ ފަރާތަކާއެކު ކޮށްފައިވާ މުޢާމަލާތަށް ބަލާފައިނުވުންކަމަށާއި، ދެވަނަކަމަކީ، އެއްބަސްވުމުގައިވާ ބައެއް ކަންކަމަށް ރިޢާޔަތް ކޮށްފައި ނުވުންކަމަށާއި، ތިންވަނަކަމަކީ، މުހިއްމު ހެކިތަކެއް ހުށަހެޅުމުގެ ފުރުޞަތު ލިބިދީފައި ނުވާކަމަށެވެ. މި ތިންކަމަކީ، ސިވިލް ކޯޓުގައި މައްސަލަ ހިނގަމުންދިޔައިރު ބަލާފައިނުވާ ނުވަތަ ފުރޞު ތ ލިބިފައިނުވާކަމަށް ބަޔާންކޮށްފައިވާ ކަންތައްތަކެއްތއާއޯ، އެކަމާގުޅޭގޮތުން އިސްތިއުނާފުކުރާ ފަރާތުން ދެކޭގޮތަކީ ކޮބައިތޯ ޝަރީޢަތުން ސުވާލުކުރުމުން، ތިންވަނަ ފަރާތާއެކު ވެފައިވާ މުޢާމަލާތާ ގުޅޭގޮތުން ސިވިލް ކޯޓާއި ހައިކޯޓުގައިވެސް ރިޢާޔަތްކޮށްފައި ނުވާކަމަށާއި، އެކަންބެލޭނީ އެއްބަސްވުންވެސް ހުށަހެޅިގެންކަމަށާއި، ހެކި ހުށަހެޅުމަށާއި، ތިންވަނަ ފަރާތުގެ މުޢާމަލާތާ ގުޅޭގޮތުން ސިވިލް ކޯޓުގައި ފުރުޞަތު ލިބެންޖެހޭކަމަށް ދެކިވަޑައިގަންނަވާކަމަށް ޖަވާބު ދީފައިވެއެވެ. ދަށުކޯޓަށް ތަޙުވީލު ކުރުމަކާނުލައި، ވިލާ އެއަރ މައްސަލއަ ގައިވި އުޞޫލުތަކާއެކު އެއްބަސްވުމުގައިވާ ކަންކަމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތްކަނޑައެޅިދާނެތޯ ޝަރީޢަތުން ސުވާލުކުރުމުން، ހެކިން ޙާޟިރުކޮށްގެން ގޮތެއްކަނޑައެޅުމަކީ ހައިކޯޓުގެ އިޚްތިޞާޞްގެ ތެރޭގައިހިމެނޭ ކަމެއްނޫންކަމަށާއި، އެކަން ކުރުމަށް ދަށުކޯޓަށް ތަޙުވީލު ކުރަންޖެހޭކަމަށް ޖަވާބު ދެއްވާފައިވެއެވެ.

3714 އޮގަސްޓު 2025 ތާރީޚުގައި ސޮއިކޮށް، މި މައްސަލައިގައި 30 ސެޕްޓެމްބަރ 2025 ދުވަހު ގޮތެއް ނިންމުމަށް ތާވަލުކުރި އަޑުއެހުމުގެ ޝަރީޢަތަށް ޙާޟިރުވުމުގެ އަމުރު، 16 އޮގަސްޓު 2025 ދުވަހު މުޙައްމަދު އިބްރާހީމްމަނިކުއަށް ރައްދުކުރެވިފައިވާއިރު، އެ އަޑުއެހުން ބޭއްވުމަށް ތާވަލުކުރެވުނު ތާރީޚުގައި ފަނޑިޔާރުންގެ ބެންޗު ހަމަނުވުމުގެ ސަބަބުން، މައްސަލައިގެ އަޑުއެހުން އަލުންތާވަލު ކޮށްފައިވެއެވެ.

38އެއަށްފަހު، 28 ސެޕްޓެމްބަރ 2025 ތާރީޚުގައި ސޮއިކޮށް، މި މައްސަލައިގައި 13 އޮކްޓބަރޯ 2025 ދުވހަށަ ތާވަލުކުރި އަޑުއެހުމުގެ ޝަރީޢަތަށް ޙާޟިރުވުމުގެ އަމުރު، 29 ސެޕްޓެމްބަރ 2025 ދުވަހު މުޙައްމަދު އިބްރާހީމްމަނިކުއަށް ރައްދުކުރެވުނުކަމަށް މި ކޯޓުގެ ލިޔުންތަކުން ދައްކައެވެ. މި މައްސަލައަކީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ޣައިރު ޙާޟިރުގައި ކުރިން ކުރިއަށްގެންގޮސްފައިވާ އަޑުއެހުމަކަށްވެފައި، 13 އޮކްޓބަރޯ 2025 ދުވަހުގެ އަޑުއެހުމަށް ޙާޟިރު ނުވެއްޖެނަމަ، ޣައިރު ޙާޟިރުގައި މައްސަލައިގައި ގޮތެއްނިންމޭނެކަނ ކޯޓަށް ޙާޟިރުވުމުގެ އަމުރުގައި ބަޔާންކޮށްފައިވެއެވެ.

39މި މައްސަލައިގައި 13 އޮކްޓބަރޯ 2025 ދުވަހުގެ އަޑުއެހުމަށް ޗިޓު ރައްދުވެ، ޝަރީޢަތުގެ އަޑުއެހުމުގެ ވަގުތުޖެހުނުއިރ މުޙައްމަދު އިބްރާހީމްމަނިކު ޙާޟިރުވެފައިނުވާތީ، މައްސަލއިގައަ ގޮތެއްނިންމުމުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ މުޙައްމަދު އިބްރާހީމްމަނިކުގެ ޣައިރު ޙާޟިރުގައެވެ.

ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް

40ބުނެވިދިޔަ އެންމެހައި ކަންކަމަށް ރިޢާޔަތްކުރުމާއެކު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/53 ޤަޟިއްޔާގެ އަލީގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/24 ޤަޟިއްޔާ ގެ އިސްތިއުނާފު ނުކުތާތަކާ ގުޅޭގޮތުން ފާހަގަކުރެވޭ ކަންކަން ތިރީގައި ބަޔާންކުރަމެވެ.

41މި މައްސަލައިގެ ފެށުމަކީ، ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2017-C-157/Cv ޤަޟިއްޔާގައި ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާކަމަށް ދެކެމެވެ. މި ނިންމުމުގެ 3 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ފަދައިން، އިސްތިއުނާފުކުރާ ފަރާތުން ދަށުކޯޓަށް ހުށަހެޅި ދަޢުވާއަކީ، މުޙައްމަދު އިބްރާހީމްމަނިކުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ހުޅުމާލެ ލޮޓް ނަންބަރު 11329 ގޯތީގައި، ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ފަރާތުން ޢިމާރާތްކުރާގޮތަށް 25 (ފަންސަވީސް) އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށްދީ، މުޙައްމަދު އިބްރާހީމްމަނިކުއާ ދެމެދު 08 ޑިސެމްބަރު 2015 ދުވަހު އެގްރީމަންޓުކޮށް، އެ އެގްރީމަންޓުގެ ދަށުން ކލީގު ގޮތުގައި 192,000.00ރ (އެއްލައްކަ ނުވަދިހަ ދެހާސް ދިވެހި ރުފިޔާ) މުޙައްމަދު އިބްރާހީމްމަނިކުގެ ފަރާތުން ނެގުމަށްފަހު، މުޙައްމަދު އިބްރާހީމްމަނިކު، ހުޅުމާލެ ލޮޓް ނަންބަރު 11329 އެވެކިޔުނު 1232.82 އަކަފޫޓު ގޯތި، އެއްބަސްވުމާ ޚިލާފަށް އެހެން ފަރާތަކަށް ކުއްޔަށްދީ، އެ ގޯތީގައި އެހެންފަރާތަކުނ ޢިމާރާތް ކުރަމުންދާތީ، ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރއާއި މުޙައްމަދު އިބްރާހީމްމަނިކުއާ ދެމެދު 08 ޑިސެމްބަރު 2015 ދުވަހު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް މުޙައްމަދު އިބްރާހީމްމަނިކުގެ މައްޗަށް އަމުރު ކޮށްދި ނުމަށާއި، އެހެންފަރތާ ތަކާއެކް މުޙައްމަދު އިބްރާހީމްމަނިކުގެ ފަރާތުން އެ ގޯއްޗާމެދ ކޮށްފައިވު އެންމެހައި އެގްރީމަންޓުތަކާއި މުޢާމަލާތްތަކަކީ ބާޠިލު ކަންކަންކަމުގައި ކަނޑައަޅައިދިނުމަށެވެ.

42އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ދަޢުވާގެ ސީޣާއަށް ރިޢާޔަތްކޮށް، މި މައްސަލަ ދަށުކޯޓަށް އެންމެފުރަތަމަ ހުށަހެޅުނުއިރު، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ދަޢުވާއާ ގުޅޭގޮތުން، ޝަރީޢަތުން ގޮތްކަނޑައަޅަންޖެހޭ ކަންކަން ތިރީގައި ބަޔާންކުރަމެވެ.

1.42. ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރއާއި މުޙައްމަދު އިބްރާހީމްމަނިކުއާ ދެމެދު 08 ޑިސެމްބަރު 2015 ދުވަހު ވެފައިވާ އެއްބަސްވު މުގެ ދަށުން ކުލީގެ ގޮތުގައި 192,000.00ރ (އެއްލައްކަ ނުވަދިހަ ދެހާސް ދިވެހި ރުފިޔާ) މުޙައްމަދު އިބްރާހީމްމަނިކުގެ ފަރާތުން ނެގުމަށްފަހު، އެއްބަސްވުމާ ޚިލާފަށް، ތިންވަނަ ފަރާތަށް ހުޅުމާލެ ލޮޓް ނަންބަރު 11329 އެވެކިޔުނު 1232.82 އަކަފޫޓު ގޯތި މުޙައްމަދު އިބްރާހީމްމަނިކުގެ ފަރާތުން ދީފައިވޭތޯ ؟

2.42. ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ދަޢުވާގައިވާގޮތަށް، މުޙައްމަދު އިބްރާހީމްމަނިކުގެ ފަރާތުން އެއްބަސްވުމާ ޚިލާފުވެފައިވާނަމަ، އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް މުޙައްމަދު އިބްރާހީމްމަނިކުއަށ ޤާނޫނީގޮތުން އަންގައި އަމުރު ކުރެވިދާނެތޯ؟

3.42. އެހެން ފަރާތްތަކާއެކު މުޙައްމަދު އިބްރާހީމްމަނިކުގެ ފަރާތުން ހުޅުމާލެ ލޮޓް ނަންބަރު 11329 ގޯއްޗާމެދ ކޮށްފައިވު އެންމެހައި އެގްރީމަންޓުތަކާއި މުޢާމަލާތްތަކަކީ ބާޠިލު މުޢާމަލާތްތަކެއްކަމަށ ޤާނޫން ހަމަތަކުން ކަނޑައެޅިދާނެތޯ؟

43ދަށުކޯޓަށް ހުށަހެޅިފައިވާ ޚުޞޫމަތާގުޅިގެން، މައްސަލައިގައި ގޮތްނިންމަންޖެހޭ ކަންކަމުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުން މިހާރު ބަލަމުންދާ މައްސަލައިގެ ތެރެއިން އިސްތިއުނާފީ ނުކުތާތައް އަލުން ތަރުތީބުކުރުމާއެކު ފާހަގަކުރެވޭ ކަންކަން ތިރީގައި ބަޔާންކުރަމެވެ.

ފުރަތަމަ އިސްތިއުނާފީ ނުކުތާ

44މި ނނި މުމުގް 36 ވަނަ ނުކުތާގައިވާ ކަންކަމަށް ރިޢާޔަތްކުރާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގެ 24 ވަނަ ނުކުތާގެ އަލީގައި، ފުރަތަމަ އިސްތިއުނާފީ ނުކުތާގައި، 1 (އެކެއް) އަހަރު ދުވަހުގެ ކުލި ދެއްކުމާގުޅޭގޮތުން ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ފަރާތުން އިތުރު ޝަކުވާއެއް ނެތްކަމަށް ބުނެފައިވާކަން އެނގެއެވެ. އެހެންކަމުން، ފުރަތަމަ އިސްތިއުނާފީ ނުކުތާގައި، ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ފަރާތުން ކުލި ދައްކާފައިވާގޮތާމެދު މި ޤަޟިއްޔާގެ ތެރެއިން އިތުރުގޮތެއް ކަނޑައަޅަންޖެހޭކަމަށް ނުދެކެމެވެ.

45އިސްތިއުނާފުކުރާ ފަރާތުގެ ފުރަތަމަ ނުކުތާގައި ދެންއޮތް ސުވާލަކީ، ކުލިދެއްކުމާ ގުޅޭގޮތުން ގޮތްކަނޑައަޅާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާ ޚިލާފަށްތޯއެވެ. މި ސުވާލާމެދު ގޮތެއްކަނޑައެޅޭނީ ދެންހުރި އިސްތިއުނާފީ ނުކުތާތަކާމެދު ގޮތެއްކަނޑައެޅުމަށްފަހު ކަމަށްދެކެމެވެ.

ތިންވަނަ އިސްތިއުނާފީ ނުކުތާ

46ތިންވަނަ އިސްތިއުނާފީ ނުކުތާގައި، ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ މައިގަނޑު ޝަކުވާއަކީ، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ޢިމާރާތްކުރަން ފަށާފައިނުވާކަމަށާއި، ދައްކަންޖެހޭ ކުލި ނުދައްކާކަމަށް ކަނޑައަޅުއްވާފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން ދަށުކޯޓުގައި ޙާޟިރުކޮށްދިނުމަށް އެދިފައިވާ ޝަފަހީ ހެކިން ޙާޟިރުކުރުމަށް ފުރުޞަތު ދިނުމަކާނުލއިކަމަށެވެ. އަދި މުޙައްމަދު އިބްރާހީމް މަނިކު މަކަރާއި ޙީލަތުން ހުޅުމާލެ ލޮޓް ނަންބަރު 11329 އެވެކިޔުނު ގޯތި އެހެން ފަރާތަކަށް ކުއްޔަށް ދީފައިވާކަމަ ށްބުނ އިސްތިއުނާފުކުރެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ކިބައިން އެ ވާޤިޢާތައް ކަށަވަރު ކުރުމަކާނުލައި ކަމަށެވެ.

47HN2މި ނިންމުމުގެ ނުކުތާ 17 އާއި 18.3 އަދި 36 ވަނަ ނުކު ތާގައު ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރުމުން، ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ދަޢުވާގައި، މުޙައްމަދު އިބްރާހީމްމަނިކު އެއްބަސްވުމާ ޚިލާފުވުމާ ގުޅޭގޮތުން ވާޤިޢީ ކަންކަން ސާބިތުކުރުމަށް ހެކިހުށަހެޅުމަށް ފުރުޞަތު ލިބިދޭންޖެހޭކަން އެނގެއެވެ. އަދި އިސްތިއުނާފުކުރާ ފަރާތުގެ ދަޢުވާގައިވާ ކަންކަމާގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހެކިން ޙާޟިރުކޮށް ގޮތްނިންމުމުގެ ބަދަލުގައި، ފުރަތަމަ މަރުޙަލާގެ ކޯޓަށް ހެކިން ޙާޟިރުކޮށް ވާޤިޢާ ކަށަވަރުކުރުމަށްޓަކައި އެބައި ތަޙުވީލު ކުރަންޖެހޭކަމަށް ޚުދުޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ފަރތުނާ

48HN1ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދު 2011 ގެ 44 ވަނަ މާއްދާގައި، ހައިކޯޓުން މައްސަލަ ބަލާނީ ދަށުކޯޓުގައި ނުވަތަ ޓްރައިބިއުނަލްގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމަށް ބުނެފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ބަރްހާދް ވ. ސަލަޓްންސ އޮފް ދަ ސީސް މެރިން ޓެކްސީ ޕްރައިވެޓް ލިމިޓެޑް އަދި ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް (2017/SC-A/23) ޤަޟިއްޔާގެ 38 ވަނަ ނުކުތާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޝަރުޢީ ނިޒާމު އެ ޤާނޫނުތަކުގެ މައްޗަށް ތަރުތީބުވެފައިވާ ޤާނޫނުތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ބިނާވެފައިވަނީ އެޑްވަސޭރިއަލް ނިޒާމުގެ އަސާސީ ގިނަސިފަތަކެއް އެކުލެވިގެން ކަމަށާއި، އެ ނިޒާމުގެ އެންމެ އަސާސީ އެއްސިފައަކީ، މައްސަލަބަލާ ފަނޑިޔާރުގެ ދައުރަކީ، ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ވާޤިޢާތައް، އެ ވާޤިޢާތައް ހުށަހަޅާ ފަރާތްތަކުން ސާބިތުކުރުމުން، އެކަމުގެ މައްޗަށް ތަޠުބީޤު ކުރަންޖެހޭ ޤާނޫނު ތަޠުބީޤުކޮށް، މައްސަލަތަކުގައި ގޮތްކަނޑައެޅުންކަމަށް

49HN3މީގެއިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން) (2021/SC-A/49) ޤަޟިއްޔާގެ 114 ވަނަ ނުކުތާގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅުނު މައްސަލައިގައި ގޮތެއްކަނޑައަޅަން ޖެހެނީ ދަޢުވާކުރާ ފާރާތުން ހޯދުމަށް އެދިފައިވާ ފަރުވާއަކީ އެފަރާތަށް ފޯރުކޮށްދެވިދާނެ ފަރުވާއެއްތޯ ބެލުމުގެ މައްޗަށް ކަމަށާއި، ކޯޓުން ގޮތެއް ކަނޑައަޅަންޖެހެނީ، ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅުނު މައްސަލައަށި ކަމަށާއި، ނޭދޭ ފަރުވާއެއް ފޯރުކޮށްދިނުމުގެ އިޚްތިޔާރެއް ފަނޑިޔާރަކަށް ލިބިގެންނުވާކަމަށް ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އޭ.އޭ.އޭ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ޕޮލިސް ސަރވިސް (ދިވެހި ދައުލަތް) (2020/SC-A/29) ޤަޟިއްޔާގެ 17 ވަނަ ނުކުތާގައި، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި ގޮތެއް ކަނޑައަޅަނީ ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅޭ ކަންކަމުގެ މައްޗަށް ބިނާކޮށް، އެ ދަޢުވާއެއްގައި އެދިފައިވާ ފަރުވާއެއް ފޯރުކޮށްދިނުމަށްކަމަށް ކަނޑައަޅުއްވާފައިވެއެވެ.

50މި މައްސަލައިގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، މުޙައްމަދު އިބްރާހީމްމަނިކު އެއްބަސްވުމާ ޚިލާފުވެފައިވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށްޓަކައި، މި ޙާލަތުގައި ދަށުކޯޓަށް ހެކިން ޙާޟިރުކޮށް ބަޔާންނަގަން ޖެހޭކަމަށްދެކެމެވެ. އަދި ބުނެވިދިޔަ ގޮތުގެމަތިން ބަޔާންނެގުމަށްފަހު، އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި މުޙައްމަދު އިބްރާހީމްމަނިކުގެ ފަރާތުން އެހެންފަރާތަކާއެކު ހުޅުމާލެ ލޮޓް ނަންބަރު 11329 އެވެކިޔުނު ގޯއްޗާގުޅޭގޮތުނ އެއްބަސްވުމެއް ވެފައިވާކަން ނުވަތް ނޫންކަން ވާޤިޢީގޮތުން ކަށަވަރު ކުރުމަށްފަހު، މި ނިނމުމުގް 36.3 ވަނަ ނކުތާގައު ބަޔާންކޮށްފައިވާ ފަދައިން، ތިންވަނަ ފަރާތަކަށް ހުޅުމާލެ ލޮޓް ނަންބަރު 11329 އެވެކިޔުނު 1232.82 އަކަފޫޓު ގޯތި މުޙައްމަދު އިބްރާހީމްމަނިކުގެ ފަރާތުން ދީފައިވާކަން ނުވަތަ ނޫންކަމާމެދު ދަށުކޯޓުން ގޮތެއް ކަނޑައަޅަންޖެހޭނެއެވެ.

51އަދި އެއަށްފަހު، އެއްބަސްވުމުގެ މާއްދާތަކުގެ އަލީގައި ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރއާއި މުޙައްމަދު އިބްރާހީމްމަނިކުއ ދެމެދާ ވެވުނު އެއްބަސްވުމާ، މުޙައްމަދު އިބްރާހީމްމަނިކު ޚިލާފުވެފައިވޭތޯ ނުވަތަ ނޫންތޯ ދަށުކޯޓުން ގޮތެއް ކަނޑައަޅަންޖެހޭކަމަށް ދެކެމެވެ.

ދެވަނަ އިސްތިއުނާފީ ނުކުތާ

52ދެވަނަ އިސްތިއުނާފީ ނުކުތާގެ ޚުލާޞާއަކީ، އެއްބަސްވުމުގެ 15 ވަނަ މާއްދާއަށް ރިޢާޔަތްކުރުމުން، ޢިމާރާތް ކުރުމަށްއޮތް މުއްދަތުގެ ތެރޭގައި ޢިމާރާތް ނުކުރެވުމަކީ އެއްބަސްވުން ބާޠިލުކުރެވޭނެ ސަބަބެއްކަމަށް ނުބެލެވޭއިރު، އެއްބަސްވުން ބާޠިލުވެފައިވާކަމަށް ދަށުކޯޓުން ކަނޑައަޅުއްވާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ނަންބަރު -2018/SC A/01 އާއި، 2018/SC-A/02 އާއި، 2018/SC-A/03 އާއި، 2018/SC-A/04 އަދި 2018/SC-A/05 ޤަޟިއްޔާތަކުގައި ކަނޑައަޅުއްވާފައިވ އުޞޫލުތަކާ ޚިލާފަށްކަމަށެވެ.

53HN4މި ނިންމުމުގެ ނުކުތާ 23 އިން 30 އަށް ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރާއިރު، މި މައްސަލައިގައި އެއްބަސްވުމާ ގުޅޭގޮތުން ގޮތެއްކަނޑައެޅުމުގެ ކުރިން، މައްސަލައިގެ އަސާސީ ވާޤިޢާތަކެއް ކަށަވަރު ކުރަންޖެހޭކަމަށް ދެކެމެވެ. އަދި މި ނުކުތާއާމެދު ގޮތެއްނިންމޭނީ މުޙައްމަދު އިބްރާހީމްމަނިކުގެ ފަރާތުން ތިންވަނަ ފަރާތަކާއެކު އެއްބަސްވުމެއް ވެފައިވޭތޯ ބެލުމަށްފަހުކަމަށް ދެކެމެވެ. އެގޮތުން، މި ނިންމުމުގެ 15 ވަނަ ނުކުތާގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/53 ޤަޟިއްޔާގެ ޕރެގްރާފެ 12 އިން 19 އަށް ބަޔާންކޮށްފައިވާ ކަންކަމާއި، ވިލާ އެއަރ މައްސަލައިގައި ކަނޑައަޅާފައިވަ އުޞޫލުތަކަށް ރިޢާޔަތްކޮށް، އިސްތިއުނާފުކުރާ ފަރާތުގެ ދަޢުވާއަށް ޖަވާބު ލިބިދެނިވި ބީދައަކުން އެއްބަސްވުމާމެދު ގޮތްތަކެއް ދަށުކޯޓުން ކަނޑައަޅަންޖެހޭކަމަށް ދެކެމެވެ.

ހަތަރުވަނަ އިސްތިއުނާފީ ނުކުތާ

54ހަތަރުވަނަ އިސްތިއުނާފީ ނުކުތާގައި ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ މައިގަނޑު ޝަކުވާއަކީ، މުޙައްމަދު އިބްރާހީމްމަނިކު ތިންވަނަ ފަރާތަކާއެކު ކޮށްފައިވާ އެއްބަސްވުމާމެދު ގޮތެއް ކަނޑައަޅުއްވާފައިނުވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ initio” ab “void އުޞޫލާ ޚިލާފަށްކަމަށެވެ. މި ނުކުތާއާމެދު ގޮތެއް ނިންމޭނީ ތިންވަނަ ފަރާތާއެކު މުޙައްމަދު އިބްރާހީމްމަނިކު އެއްބަސްވުމެއް ވެފައިވުމުގެ ވާޤިޢާ ކަށަވަރު ކުރުމާ ގުޅޭގތުނޮ، މި ނިންމުމުގެ ނުކުތް 23 އިން 30 އަށް ބަޔާންކޮށްފައިވާ ވާޤިޢާތަށް ދަށުކޯޓުން ކަށަވަރު ކުރުމަށްފަހުކަމަށް ދެކެމެވެ.

55HN5މީގެއިތުރުން، މި ނިންމުމުގެ 12 އިން 14 ވަނަ ނުކުތާއަށާއި 16 ވަނަ ނުކުތާއާއި 18.1 ވަނަ ނުކުތާގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/53 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރުމުން، މުޙައްމަދު އިބްރާހީމްމަނިކުއާއި އެޗް.ސީ. މޯލްޑިވްސް ޕްރައިވެޓ ލިމިޓެޑްއާއް ދެމެދު އެއްބަސްވުމެއް އޮތްކަން ނުވަތަ ނޫންކަމުގެ ވާޤިޢާ ކަށަވަރު ކުރަންޖެހޭކަން އެނގެއެވެ. މީގެއިތުރުން، ކޯޓެއްގެ ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކުރާފަދަ ޢަދުލުވެރިކަމާއި، ހާމަކަމާއެކު ޝަރީޢަތް ކުރުމާއި، ނެޗުރަލް ޖަސްޓިސްގެ މަފްހޫމްގެ ތެރޭގައި ހިމެނޭ audi altram partem ނުވަތަ ބަސްބުނުމުގެ ފުރުޞަތު ލިބިދިނުމަކީ ބަލައިގެންފައވި ޤާނޫނީ އުޞޫލެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދައުލަތް (މޯލްޑިވްސ ޕޮލިސް ސަރވިސް) ވ. ޙުސައިން ރިޝީފް ޠާހާ (2019/SC-A/86,90) ޤަޟިއްޔާގެ (މީގެފަހުން "ރިޝީފް ޠާހާ މައްސަލަ"ކަމަށް ބުނެފައިވާ) 40 ވަނަ ޕެރެގްރާފއްށ ބެލުމުން އެނގެއެވެ.

56ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ފަރާތުން މި މައްސަލައިގައި ދަށުކޯޓަށް ހުށަހަޅާފައިވާ ދަޢުވާގައި އެދިފައިވަނީ މުޙައްމަދު އިބްރާހީމްމަނިކުއާއި ތިންވަނަ ފަރާތަކާއެކު ވެފައިވާކަމަށްބުނާ އަދި ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ބައިވެރިވުމެއްނެތ އެއްބަސްވުމެއް ބާޠިލުކުރުމަށެވެ. މި ޙާލަތުގައި އެ ވާޤިޢާ ކަށަވަރު ކުރުމާއެކު، ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރގެ ދަޢުވާގައި، މުޙައްމަދު އިބްރާހީމްމަނިކު ތިންވަނަ ފަރާތަކާއެކު ވެފައިވާ އެއްބަސްވުމާމެދު ގޮތެއް ނިންމުމަށްޓަކައި، ރިޝީފް ޠާހާ މައްސަލައިގައިވާ ޠަބީޢީ ޢަދާލަތުގެ އުޞޫލާ އެއްގޮތަށް، އެޗް.ސީ. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބަސްބުނުމަށް ފުރުޞަތު ދޭންޖެހޭކަމަށް ދެކެމެވެ.

57ބުނެވިދިޔަ ކަންކަމަށާއި، މި ނިންމުމުގެ ނުކުތާ 55 އިން 56 އަށް ބަޔާންކޮށްފައިވާ އުޞޫލަށް ރިޢާޔަތްކުރުމުން، ހަތަރުވަނަ އިސްތިއުނާފީ ނުކުތާއާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގެ ތެރެއިން ގޮތެއްކަނޑައެޅޭނެކަމަށް ނުދެކެމެވެ.

މައްސަލަ ނިންމަން ފެންނަގޮތް

58މި މައްސަލައަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/53 ޤަޟިއްޔގައާ ފާހަގަކޮށްފައިވާ ދާއިރާގެ ތެރެއިން ގޮތެއް ކަނޑައެޅުމަށް ތަޙުވީލުކޮށްފައިވާ މައްސަލައަކަށްވާއިރު، އެ ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ގިނަކަންކަމަކީ ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު -C-157/Cv HD/2017 ޤަޟިއްޔާގައި ބެލިފައިނުވާ އަދި ބަސްބުނުމުގެ ފުރުޞަތު ލިބިދިނުމަކާނލައި ގޮތްނިންމާފައިވު ކަންކަމަށްވާތީ، މި ނންމުމި ގ 27 އިން 57 ވަނަ ނުކތާއަށު ބަޔާންކޮށްފައިވް ކަންކަމުގެ އަލީގައި އަލުން ގޮތްކަނޑައެޅުމަށްޓަކައި، އެ މައްސަލަ ސިވިލް ކޯޓަށް ތަޙުވީލު ކުރުމަށް ފެނެއެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

59މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ނިންމުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފު ކުރުމށަ ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ). ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚންނު ވެ. އެހެންނަމަވެސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށ ބިނާކޮށް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.

ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔް

60މި މައްސަލއިގައަ ފަނޑިޔާރި ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު

61މި މައްސަލައިގއަ ފަނޑިޔާރި ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދުކުރަމެ ވެ. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ). ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ). 2022lHC-A-02108 34 oD 2YJ, c zO O 02 CGo// c o22, o /a,xa o/oa 2 c, c2 o c 202USC_ irii sev 2.rJ-2/2 5Clr.t /2, lr2.// ?.?2.stos.,a ,/2.ro 'eul c..2, ,A o . / CrrO a ,a2.,, Oa2. olao/ ? ao*a/? z?o , ^ tF^ ,2t/ et 22- .r52., 322?U 2 ,/.r 2J. t/ ?,2r4,, z2tur/ 2.r)r./t 3/J r,lrrrtz.i A.l)5 // ?/z// / ,aO. ,rra. a/Oa2Ca aOC- a/O2a 2/O a aF-t yy.r\tA a- ,aOa aO. /o?? ??3 .rrye.r2trral+r/.rrp.t a2o/2a zrteg I)llVy-V-tl.DlZUl / lozs J.zrtL / a a aa oz? o ,u o, c o ,. C/ \ Caloa/ c >z z? -rer. 22P 2P.r2 ,, ,?Zl s\-r) s2az ii 46 :(rx? S tl.fo e t/ :3:.1r;r) 22t2oto /, or./ o cor.a a c2/ oU z >C2 z Ca/o.. C or222 2a 'i3':,.1f;3i) .PJJr41 sr.lr,t-ry 2e2P.r2 .r S e Y-1./ -J e.rJ./2, rP2J. r.jrt/a.to aaaa , oD '.rt, 2vrl nj3 .33* 1, a .Fe2, ?aa+da U/rP4o / , llr2rJ,aa a ,.)N,. €nz /r.27J 2*1J rr 2r'rla. o- 22 .t,/2 r 22J a t )z /z ; \e -ai ) .j. ),) / ?, oe .o-/ >a ,A / .4o4 t JJIO4 ll :/v) tJSZ)Uly :sj tCa//2,/ \r2 t/t// Crca terr/ terlrti

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ