ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2024/HC-A/35

އާމިނަތު (ފުރިހަމަ ނަން ސިއްރު ކުރެވިފައި) ވ. ޒާހިރު (ފުރިހަމަ ނަން ސިއްރު ކުރެވިފައި)

ދަށުކޯޓުގެ ނިންމުން ބާޠިލު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ހައިކޯޓު · 4 ޖޫން 2026ދަށު ކޯޓު: ކ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު 621/HMC/2023ބާވަތް: ޢާއިލީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ކ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު 621/HMC/2023
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

މަދަނީގެވެށި އަނިޔާގެ އަވަސް އަމުރުޙުކުމް ތަންފީޒުކުރުންޤާނޫނު ނަންބަރު 3/2012ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުޤާނޫނުގެ 1 ވަނަ މާއްދާޤާނޫނުގެ 2 ވަނަ މާއްދާޤާނޫނުގެ 3 ވަނަ މާއްދާޤާނޫނުގެ 4 ވަނަ މާއްދާޤާނޫނުގެ 24 ވަނަ މާއްދާޤާނޫނުގެ 26 ވަނަ މާއްދާޤާނޫނުގެ 28 ވަނަ މާއްދާޤާނޫނުގެ 37 ވަނަ މާއްދާޤާނޫނުގެ 31 ވަނަ މާއްދާޤާނޫނުގެ 39 ވަނަ މާއްދާޤާނޫނުގެ 40 ވަނަ މާއްދާޤާނޫނުގެ 5 ވަނަ މާއްދާޤާނޫނުގެ 6 ވަނަ މާއްދާޤާނޫނުގެ 7 ވަނަ މާއްދާޤާނޫނުގެ 18 ވަނަ މާއްދާޤާނޫނުގެ 19 ވަނަ މާއްދާޤާނޫނުގެ 34 ވަނަ މާއްދާޤާނޫނުގެ 35 ވަނަ މާއްދާޤާނޫނު ނަންބަރު 2012/3 ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ކޮމެންޓަރީޤާނޫނު ނަންބަރު 4/2011މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުޤާނޫނުގެ 17 ވަނަ މާއްދާޤާނޫނުގެ 10 ވަނަ މާއްދާޤާނޫނުގެ 11 ވަނަ މާއްދާޤާނޫނުގެ 12 ވަނަ މާއްދާޤާނޫނު ނަންބަރު 2000/4އާއިލާއާބެހޭ ޤާނޫނުޤާނޫނުގެ 72 ވަނަ މާއްދާގަވާއިދު ނަންބަރު 2022/R-99ޢާއިލާއާބެހޭ ގަވާއިދުގަވާއިދުގެ 75 ވަނަ މާއްދާއުސޫލު ނަންބަރު 2022/G-26މެޖިސްޓްރޭޓް ކޯޓުތަކުގެ ޢާއިލީ އިޖުރާއަތުގެ އުސޫލުއުސޫލުގެ 87 ވަނަ މާއްދާގެ (އ)ގެ (7) ވަނަ ނަންބަރުޤާނޫނު ނަންބަރު 2019/19ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުޤާނޫނުގެ 8 ވަނަ މާއްދާޤާނޫނު ނަންބަރު 2010/22ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުޤާނޫނުގެ 77 ވަނަ މާއްދާޤާނޫނުގެ މަޤުޞަދަށް ބެލުންޢާއްމު ޤާނޫނާއި ޚާއްޞަ ޤާނޫނުގެ މަގާމުޤާނޫނު މާނަކުރުމާއި ތަރުޖަމާކުރުމުގެ ތަފާތުޑޮކްޓްރިން އޮފް ހާމޯނިއަސް ކޮންސްޓްރަކްޝަންއޮރިޖިނަލިޒަމްއާއި ޑައިނަމިކް މާނަކުރުންޤާނޫނު މާނަކުރުމުގެ ވަޞީލަތްތައް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ގެވެށި އަނިޔާގެ ޤާނޫނުގެ ދަށުން ނެރުނު ރައްކާތެރިކުރުމުގެ އަވަސް އަމުރަކަށް ގެނައި ބަދަލު (ކުއްޖާއާ ބައްދަލުކުރުމުގެ ބައި) ތަންފީޒުކުރުމަށް، ކޯޓުތަކުގެ ޤާނޫނުގެ 77 ވަނަ މާއްދާއާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ޢާއިލީ އިޖުރާއަތުގެ އުޞޫލުގެ 87 (އ)(7) ތަޠުބީޤުކޮށް އަމުރު މުރާޖަޢާގެ މައްސަލައެއް ހުއްޓައި އަމުރުކުރުމަކީ މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ މަޤުޞަދަށް ބެލުމުގެ އުޞޫލާއި ގެވެށި އަނިޔާގެ ޤާނޫނާ ޚިލާފު ނިންމުމެއްތޯ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށުކޯޓުގެ ޙުކުމް ބާޠިލު (ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ 206/HMC/2023 އާއި 621/HMC/2023 ބާޠިލު)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޤާނޫނު މާނަކުރުމުގައި މަސައްކަތް ފަށަންވާނީ ޤާނޫނުގެ ޢިބާރާތާއި އޮނިގަނޑުންނެވެ؛ ޤާނޫނު ކިޔަންވާނީ އެއް ރޮއްޖެއްގެ ގޮތުގައި، މުޅި ޤާނޫނުގެ ސިޔާސަތާއި މަޤުޞަދުގެ ތެރެއިން (harmonious construction، މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 10 ވަނަ މާއްދާ)؛ މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 6 އަދި 17 ވަނަ މާއްދާގެ ދަށުން، ޤާނޫނުގެ މަޤުޞަދު ހާސިލުވާ ގޮތަށް މާނަކުރުމަށް އިސްކަން ދޭންވާނެއެވެ.

HN2 މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ޤާނޫނުގެ ބޭރުން ބޭނުންކުރެވިދާނެ ވަޞީލަތެއްގެ ގޮތުގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ޝާއިޢުކުރި ގެވެށި އަނިޔާގެ ޤާނޫނުގެ ކޮމެންޓަރީ ބޭނުންކުރެވިދާނެއެވެ.

HN3 ގެވެށި އަނިޔާގެ ޤާނޫނުގެ ހަތްވަނަ ބައިގައިވާ ރައްކާތެރިކުރުމުގެ އަމުރަކީ ދެފަރާތުގެ ޙާޟިރުގައި ނެރޭ އަމުރެވެ؛ އަށްވަނަ ބައިގައިވާ އަވަސް އަމުރަކީ (37 ވަނަ މާއްދާ) އަމުރު ނިސްބަތްވާ ފަރާތުގެ ޣައިރު ޙާޟިރުގައި ނެރޭ ވަގުތީ އަމުރެކެވެ؛ މި ދެ ބާވަތުގެ އަމުރާ ގުޅޭ އުޞޫލުތައް މަސްހުނިކޮށް ތަޠުބީޤު ނުކުރެވޭނެއެވެ.

HN4 31 ވަނަ މާއްދާގެ (ޅ)ގެ ދަށުން ވަގުތީ ޙަޟާނަތުގެ އަމުރާއި ޒިޔާރަތުގެ ޙައްޤު ފަދަ ޚާއްޞަ ޝަރުޠު ކަނޑައަޅާނީ ހަތްވަނަ ބައިގެ ރައްކާތެރިކުރުމުގެ އަމުރެއްގައި، ދެ ފަރާތުގެ ބަސް ހޯދައިގެންނެވެ؛ 31 (ހ)ގެ 'މިބާވަތުގެ އެހެން ޝަރުޠު' މަޙްދޫދުވަނީ އެ މާއްދާގެ (1)-(3) ގެ ޠަބީޢަތުގެ ތެރެއަށެވެ؛ އެހެންކަމުން، އަވަސް އަމުރެއްގެ ތެރެއިން 31 ވަނަ މާއްދާއަށް ބަރޯސާވެ ކުއްޖާއާ ބައްދަލުކުރުމުގެ ވަގުތުތައް ކަނޑައެޅުމަކީ ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމެކެވެ.

HN5 ގެވެށި އަނިޔާގެ އަވަސް އަމުރަކީ (38 ވަނަ މާއްދާ) ގިނަވެގެން 3 މަސްދުވަހަށް ދެމިއޮންނަ ވަގުތީ އަމުރެކެވެ؛ އަމުރު ބާޠިލުކުރުމަށް ހުށަހެޅި މައްސަލައެއްގައި 3 މަސް ހަމަވުމުގެ ކުރިން ގޮތެއް ނުނިންމި، އަމުރު ބާޠިލުނުކުރަން ނިންމައިފިނަމަ، އަމުރުގެ ބިނާތައް ދެމިއޮތުމާއެކު އެ އަމުރަށް ދާއިމީ އަމުރެއްގެ ހައިސިއްޔަތު ލިބިފައިވާކަމަށް ބަލަންޖެހެއެވެ؛ އެހެން ގޮތަކަށް ތަރުޖަމާކުރުމަކީ ޤާނޫނުގެ މަޤުޞަދާ ޚިލާފު ކަމެކެވެ.

HN6 ގެވެށި އަނިޔާގެ ދެ ބާވަތުގެ އަމުރުވެސް އެ ދެމިއޮތް މުއްދަތުގެ ތެރޭގައި ޙާލަތު ބަދަލުވުމުގެ މައްޗަށް 33 ވަނަ މާއްދާގެ ދަށުން އެއް ފަހަރަށްވުރެ ގިނައިން ބަދަލުކުރެވިދާނެއެވެ؛ އަމުރު ބާޠިލުކުރުމާއި ބަދަލުކުރުމާއި މުއްދަތު އިތުރުކުރުމުގެ މައްސަލަތައް އެއްކުރުމުން އަމުރުގެ މުއްދަތާއި ޤާނޫނީ ހައިސިއްޔަތާމެދު އޮޅުން އުފެދޭތީ، ވަކިވަކިން ބެލުމާއި 3 މަސްދުވަހުގެ ތެރޭގައި ނިންމުން މުހިއްމެވެ.

HN7 ގެވެށި އަނިޔާގެ ޤާނޫނަކީ މައުޟޫޢީ އަދި އިޖުރާއީ ކަންކަން ބަޔާންކުރާ ޚާއްޞަ ޤާނޫނެކެވެ؛ ޚާއްޞަ ޤާނޫނުގެ އިޖުރާއަތު ޢާއްމު ޤާނޫނުގެ މައްޗަށް އިސްވާނެއެވެ (2021/SC-A/12، 2021/SC-A/13، 2021/SC-A/50)؛ ގެވެށި އަނިޔާގެ ޤާނޫނުގެ 24 (ރ)ގެ ދަށުން އެ ޤާނޫނުގެ އަމުރުތައް މުޅި ރާއްޖޭގައި ތަންފީޒުކުރެވޭތީ، ތަންފީޒާ ގުޅޭ ކަންކަމުގައި ކޯޓުތަކުގެ ޤާނޫނުގެ 77 ވަނަ މާއްދާގެ މައްޗަށް އެ މާއްދާ އިސްކުރަންޖެހެއެވެ.

HN8 ގެވެށި އަނިޔާގެ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ރައްކާތެރިކުރުމުގެ އަމުރަކާ ޚިލާފުވުމަކީ ޖިނާއީ ކުށެއް ކަމުން، ޤާނޫނު ތަޞައްވުރުކުރާ ތަންފީޒީ އިޖުރާއަތަކީ އަމުރާ ޚިލާފުވާ މައްސަލަތައް ފުލުހުން މެދުވެރިކޮށް ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއަށް ވަނުމެވެ.

HN9 އާއިލާއާބެހޭ ޤާނޫނުގެ ދާއިރާގައި ގެވެށި އަނިޔާގެ މައްސަލަތައް ނުހިމެނޭތީ، އެ ޤާނޫނުގެ ދަށުން ހެދި މެޖިސްޓްރޭޓް ކޯޓުތަކުގެ ޢާއިލީ އިޖުރާއަތުގެ އުޞޫލު (87 (އ)(7) ހިމެނޭ) ގެވެށި އަނިޔާގެ ޤާނޫނުގެ ދަށުން ނެރޭ އަމުރުތައް ތަންފީޒުކުރުމަށް ތަޠުބީޤު ނުކުރެވޭނެއެވެ.

HN10 ރައްކާތެރިކުރުމުގެ އަމުރުގެ ރައްކާތެރިކުރާ ބަޔާއި ވަކިކޮށް، ކުއްޖާއާ ބައްދަލުކުރުމުގެ ބައި އެކަނި ޙުކުމް ތަންފީޒުގެ މައްސަލައެއްގެ ގޮތުގައި ތަންފީޒުކޮށް، ރައްކާތެރިކަން ލިބިފައިވާ ފަރާތުގެ މައްޗަށް ތަންފީޒީ ފިޔަވަޅު އެޅުމަކީ ގެވެށި އަނިޔާގެ ޤާނޫނުގެ މަޤުޞަދާ ޚިލާފު ކަމެކެވެ؛ އެފަދަ މައްސަލައެއް ރަޖިސްޓްރީކުރުމުގެ ކުރިން ވެސް އިދާރީ ގޮތުން ފުރަތަމަ ނަޒަރުން ބަލަންޖެހެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ޚަދީޖާ ރާބިޢާ، ނަދާ ޢަފީފް، ފެމިލީ ލީގަލް ކްލިނިކް
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ސާދިޙު ނަޞީރު، ޢަލީ ސަޢީދު، ލޯ ކްރާފްޓް ލޯ ފަރމް ލލޕ
ބެންޗު
ދީބާނާޒް ފަހުމީ، މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޢަބްދުލްމާނިޢު ޙުސައިން
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ދީބާނާޒް ފަހުމީ · ތާއީދުކުރެއްވީ: މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޢަބްދުލްމާނިޢު ޙުސައިން
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔު (މި ރައުޔަށް ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ އަދި ފަނޑިޔާރު

ޢަބްދުލްމާނިޢު ޙުސައިން ތާއީދު ކުރައްވައެވެ.)

ތަޢާރަފު

1މި މައްސަލައަކީ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 621/HMC/2023 ޤަޟިއްޔާއިން ނިންމަވާފައިވާ މައްސަލަ އިސްތިއުނާފު ކުރުމަށްއެދި، xxxxxxxxxxx، އާމިނަތު، (މީގެފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "އާމިނަތު" ކަމަށްބުނެފައިވާ) ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ،xxxxxxxxxxxxxxx، ޒާހިރު، (މގެފަހުނީ "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "ޒާހިރު" ކަމަށްބުނެފައިވާ)ގެ މައްޗަށެވެ.

މައްސަލައިގައި ކަންހިނގާފައިވާގޮތް

2މި މައްސަލައާއެކު ލިބިފައިވާ ލިޔުންތަކަށް ބަލާއިރު މައްސަލައިގައި ކަންހިނގާފައިވާގޮތް ތިރީގައި ބަޔާން ކޮށްފައއެވަނީއެވެ.

3އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ކާވެންޏަށް އެއކުއްޖްކު ލިބިފައިވެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުގެ ކިބައިން ޖިސްމާނީ އަނިޔާ ލިބިފައިވާތީއާއި، ހަޑިހުތުރު ބަހުން ބަހުގެ ހަމަލާތައްދީ، މި ދެމީހުންނަށް ލިބިފައިވާ ދަރިފުޅަށް ހަޑިހުތުރު ބަހުން ވާހަކަދެއްކުމަށް ދަސްކޮށްދީ، ކުއްޖާ ހަތިޔާރަކަށް ބޭނުންކޮށް، އާމިނަތުގ ނަފުސުގެ ހަމަޖެހުން ނަގާލައި، ބިރުދެއްކުމުގެގޮތުން ތަކުރާރުކޮށް ފޯނަށްގުޅައި، އާމިނަތުގެ ގޭދޮށަށް އިސްތިއުނާފު ރައްދުވާ ފަރާތުންގޮސް ހަޑިހުތުރުބަހުން ދަރިފުޅުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު xxxxxxA. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު xxxxxxA. ކުރިމަތީ ހަޅޭއްލަވައި، ބޭރަށް ނުކުންނަ ގަޑިތަކުގައި ފާރަލައި، ކުއްޖާ ޖަހައިގަނެގެން ރޮއިރޮއި އޮއްވާ ގެންދިޔުމުގެ ސަބަބުން އާމިނަތއާއު މި ދެމީހުންނަށް ލިބިފައިވާ ދަރިފުޅު، ނަފުސާނީގޮތުން ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓިފައިވާތީއާއި، ފުރާނައަށް ނުރައްކާވާފަދަ ޖިސްމާނީ ބޮޑުއަނިޔާއެއް އާމިނަތއަށް އިސްތިއުނާފު ރައްދުވާ ފަރާތުން ދީފާނެކަމަށްބެލެވި، އިސްތިއުނާފު ރައްދުވާ ފަރާތުގެ ބުނެވިދިޔަ ޢަމަލުތަކުގެ ސަބަބުން އާމިނަތއާއު އޭނާގެ ދަރިފުޅަށް ނަފުސާނީގޮތުން އަނިޔާ ލިބެމުންދާތީ، އެ އަނިޔާއިން ރައްކާތެރި ކުރުމުގެގޮތުނ ޤާނޫން ނަންބަރު 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު)ގެ 37 ވަނަ މާއްދާގެ ދަށުން، ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ނެރެދިނުމަށާއި، އަދި އެ ޤާނޫނުގެ 31 ވަނަ މާއްދާގެ

(ހ)އަށް ރިޢާޔަތްކޮށް، އާމިނަތުގެ ދަރިފުޅާއި އާމިނަތގު އެއްޙާޟިރެއްގައ ހަމައެކަނި ފޯނުގެ ޒަރިއްޔާއިން ވާހަކަދެއްކުމަށް ވަކިގަޑިއެއ ކަނޑައަޅައް ދިނުމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތާ ހިފަހައްޓާފައިވާ އާމިނަތުގެ މޮބައިލް ފޯނާއި، ދަރިފުޅުގެ ޕާސްޕޯޓު ޙަވާލުކުރުމަށް އަންގައި، އަމުރެއް ނެރެދިނުމަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި މައްސަލަ ބަލާފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 85/HMC/2023 ޤަޟިއްޔާއިންނެވެ. އާމިނަތގު ހުށަހެޅުންތަކުގައި، އިސްތިއުނާފު ރައްދުވާ ފަރާތުން ހަޑިހުތުރުބަހުން މުޢާމަލާތްކޮށް ފޮނުވާފައިވާ މެސެޖާއި، 03 ފެބްރުއަރީ 2023 ދުވަހު އާމިނަތއާއު މި ދެމީހުންނަށް ލިބިފައިވާ ދަރިފުޅު މޫދަށްއެރި އުޅެނިކޮށް، ދަރިފުޅު ރޮއިރޮއި އޮއްވާ ގަދަކަމުން ގެންދާ ވީޑިއޯއެއް ހުށަހަޅާފައިވާކަމަށް ލިޔުންތކަ ން ދައްކައެވެ.

4ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 85/HMC/2023 ޤަޟިއްޔާގައި، އާމިނަތު ހުށަހަޅާފައިވާ މައްސަލައިގެ ބޮޑުކަމާއި ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް، އާމިނތަ ގ މަޞްލަޙަތު ޙިމާޔަތްކޮށް ރައްކާތެރި ކުރުމަކީ މުހިއްމު ކަމެއްކަމަށް ޝަރީޢަތަށް ފެންނާތީއާއި، އެ މައްސަލައިގައި މީގެފަހުން "ގެވެށި އަނިޔާގެ ޤާނޫނު"ކަމަށް ބުނެފައިވާ. ހުށަހަޅާފައިވާފަދަ ގެވެށި އަނިޔާއެއް ނުވަތަ ގެއްލުމެއް އިތުރަށް ލިބިއްޖެނަމަ ނުވަތަ އެފަދަ ޙާލަތެއް އިތުރަށް މެދުވެރިވެއްޖެނަމަ އާމިނަތއަށު އިއާދަނުކުރެވޭ މިންވަރުގެ އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިދާނެކަމަށް ޝަރީޢަތަށް ފެންނާތީ، ގެވެށި އަނިޔގާ ޤާނޫނުގެ 1 ވަނަ މާއްދާއާއި، 2 ވަނަ މާއްދާއާއި، 3 ވަނަ މާއްދާއާއި، 4 ވަނަ މާއްދާއާއި، 24 ވަނަ މާއްދާއާއި، 26 ވަނަ މާއްދާއާއި، 28 ވަނަ މާއްދާއާއި، 37 ވަނަ މާއްދާއާއި، 31 ވަނަ މާއްދާއާއި، 39 ވަނަ މާއްދާ، އަދި 40 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އާމިނަތުއާއި މިދެމީހުންނަށް ލިބިފައިވާ ދަރިފުޅު ހިމެނޭގޮތަށް، ޖިސްމާނީ އަނިޔާ ނުކުރުމަށާއި، ބަހުގެ ހަމަލާދީ ނަފުސާނީގޮތުން އަނިޔާނުކުރުމަށާއި، ބިރުނުދެއްކުމަށާއި، ގޯނާނުކުރުމަށާއި، ފާރަނުލުމަށާއި، މުދަލަށް ގެއްލުން ނުދިނުމަށާއި، އާމިނަތުގެ ހުއްދަ ލިބިގެންމެނުވީ އާމިނަތު މިހާރު ދިރިއުޅޭގެއަށް ނުވަނުމަށާއި، ރުހުމަކާއިނުލައި ބާރުނުފޯރުވުމަށާއި، ގަދަކަމުން ކަމެއްކުރުމަށް މަޖުބޫރު ނުކުރުމަށާއި، އަދި ބުނެވިދިޔަ ގެވެށި އަނިޔާގެ ޢަމަލެއް، މިދެމީހުންނަށް ލިބިފައިވާ ދަރިފުޅަށް ފެންނާނެ ނުވަތަ އަޑުއިވޭނެ ޙާލަތަކަށް އެ ކުއްޖާ ނުގެންދިޔުމަށް، އިސްތިއުނާފު ރައްދުވާ ފަރާތަށް އަންގައި، ގެވެށަ އަނިޔާގެ ޤާނޫނުގެ 31 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މިދެމީހނު ނަށް ލިބިފައިވާ ދަރިފުޅާ ބައްދަލުކުރުމާމެދު ޝަރީޢަތް މެދުވެރިކޮށް ވަކިގޮތެއް ކަނޑައަޅަންދެން، ކުއްޖާގެ މަންމަގެ ހުއްދަ ލިބިގެންމެނުވީ އެ ކުއްޖާ ނުގެންދިޔުމަށާއި، ކުއްޖާއާ ބައްދަލުކުރުމަށް ކޮންމެ ދުވަހަކު ހަވީރު 16:00 އިން 18:00 އަށް އާމިނަތުގެ ފޯނަށްގުޅައި ބައްދަލުކުރަމުން ގެންދިޔުމަށް އިސްތިއުނާފު ރައްދުވާ ފަރާތަށް އަންގައި އަމުރުކޮށް، އެ އަމުރު ތަންފީޒު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަންގައި އަމުރުކޮށް، 03 ފެބްރއަރު 2023 ދުވަހު، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2/HMC/2023 "ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރު" (މީގެފަހުން "އަވަސް އަމުރު 1"ކަމަށް ބުނެފައިވާ) ނެރެފައިވެއެވެ.

5އަވަސް އަމުރު 1 ބާޠިލު ކޮށްދިނުމަށްއެދި، އިސްތިއުނާފު ރައްދުވާ ފަރާތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލަ ބަލާފައިވަނީ، އެ ކޯޓުގެ ނަންބަރު 206/HMC/2023 ޤަޟިއްޔާއިންނެވެ. އެ މައްސަލައިގައި ދެފަރާތުގެ ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށް، ބުނެވިދިޔަ ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރު 1 ނެރެފައިވަނީ އާމިނަތު ހުށަހަޅާފައިވާ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށްކަން، ޝަރީޢަތަށް ބޮޑަށްބުރަވެވޭ މިންވަރަށް އިސްތިއުނާފު ރައްދުވާ ފަރާތަށް ސާބިތު ކޮށްދެވިފައިނުވާކަމަށް ކަނޑައަޅައި، މި ދެމީހުންނަށް ލިބިފައިވާ ދަރިފުޅު ރައްކާތެރި ކުރުމަށް އޮތްބަޔަށް ބަދަލު ގެނައުމަށާއި، ގެވެށި އަނިޔާގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ހ)އަށް ރިޢާޔަތްކޮށް، އެ ދަރިފުޅު ރައްކާތެރި ކުރެވިދާނެކަމަށް ބުރަވެވޭކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އަވަސް އަމުރު 1 ބާޠިލު ކުރާނެތަނެއް ނެތްކަމަށް ކަނޑައަޅައި، މި ދެމީހުންނަށް ލިބިފައިވާ ދަރިފުޅާއި އިސްތިއުނާފު ރައްދުވާ ފަރާތާ ބައްދަލު ކުރުމަށް ކަނޑައަޅާފައިވާގޮތަށް، ގެވެށި އަނިޔގާ ޤާނޫނުގެ 31 ވަނަ މާއްދާގެ (ހ)އާއި، 33 ވަނަ މާއްދާގެ (ހ)އާއި (ރ)އަށް ރިޢާޔަތްކޮށް، ބަދަލު ގެނެސްފައިވެއެވެ. އެގޮތުން، ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަހާއި ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އާދެމެދު ވަގުތުގައި، މި ދެމީހުންނަށް ލިބިފައިވާ ދަރިފުޅާއި އިސްތިއުނާފު ރައްދުވާ ފަރާތާ ބައްދަލުކޮށް ވަގުތު ހޭދަކުރުމަށް ކުއްޖާގެ ބައްޕަ ބޭނުންވާ ތަނަކަށް ދިޔުމަށްޓަކައި، މި ދެމީހުންގެ ދަރިފުޅު އިސްތިއުނާފު ރައްދުވާ ފަރާތާ ޙަވާލުކުރުމަށް އާމިނަތުއަށް އަންގައި، އަދި ބުނެވިދިޔަ ވަގުތު ހަމަވުމުން، މި ދެމީހުންގެ ދަރިފުޅު އާމިނަތއު ޙަވާލުކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތަށް އަންގައި ޙުކުމް ކޮށްފައިވެއެވެ.

6ބުނެވިދިޔަ ޙުކުމް ކުރުމާ ގުޅިގެން، 24 އޮގަސްޓު 2023 ދުވހަ އިސްތިއުނާފ ރައްދުވު ފަރާތާއި މި ދެމީހުން ނަށް ލިބިފައިވާ ދަރިފުޅއާ ބައްދަލުކުރަން ފެށުމަށްފަހު، ޙާލަތު ބަދަލުވެ، އިސްތިއުނާފު ރައްދުވާ ފަރާތުގެ ޢަމަލުތަކުގެ ސަބަބުން ކުއްޖާގެ ނަފުސާނީ ދުޅަހެޔޮކަމަށް ބޮޑެތިއަސަރުކޮށް، އިއާދަ ނުކުރެވޭފަދަ ގެއްލުން ލިބިދާނެކަމަށް ގަބޫލު ކުރެވޭކަމަށްބުނެ، އަވަސް އަމުރު 1 ބަދަލުކުރުމަށއެދް އާމިނަތގު ފަރާތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓށ މައްސަލް ހުށަހަޅާފައިވާއިރު، އެ މައްސަލަ ރަޖިސްޓަރީ ކޮށްފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 627/HCM/2023 ޤަޟިއްޔާ ގެ ގޮތުގައެވެ.

7ބުނެވި ދިޔަ ގޮތުގެމަތިން ކަންހިނގާފައިވަނިކޮށް، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 206/HMC/2023 ޤަޟިއްޔާގެ ޙުކުމް ތަންފީޒު ކުރުމަށްއެދި އިސްތިއުނާފު ރައްދުވާ ފަރާތުން މައްސަލަ ހުށަހެޅުމުން، އެ ކޯޓުގެ ނަންބަރު 621/HCM/2023 ޤަޟިއްޔާއިން އެ މައްސަލަބަލައި ޙުކުމް ކޮށްފައިވެއެވެ. އެ މައްސަލަ އިސްތިއުނާފު ކުރުމަށްއެދި އާމިނަތުގެ ފަރާތުން ހުށަހެޅުމުން، އެ މައްސަލަ ބަލަމުން ގެންދަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/35 ޤަޟިއްޔާއިންނެވެ.

8ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 206/HMC/2023 ޤަޟިއްޔާގެ ޙުކުމު އެއްގޮތަށް، އާމިނަތު ޢަމަލުކުރަމުން ނުދާކަން، ދެފަރާތުގެ ބަހުން އެނގެން އޮތުމުން، 25 ޑިސެމްބަރ 2023 ދުވަހުން ފެށިގެން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 206/HMC/2023 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ޢަމަލުކުރުމަށް އާމިނަތުއަށް އަންގައި، މި ދެމީހުންގެ ކާވެންޏަށް ލިބުނު ދަރިފުޅާއެކު ވަގުތު ހޭދަކުރުމަށްޓަކައި ކޮންމެ ހަފުތާއެއްގެ ހުކުރު ހޮނިހިރު، ދުވަހުގެ ހަވީރު 4:00 އިން 6:00 އާއި ދެމެދުގެ ވަގުތު ހޭދަކުރުމަށް ކުއްޖާގެ ބައްޕަ ކުއްޖާ ބަލއަދިޔުމުން، އިސްތިއުނާފު ރައްދުވާ ފަރާތާއި ޙަވާލުކުރުމަށް، އާމިނަތުއަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 206/HMC/2023 ޤަޟިއްޔާގައި ޙުކުމް ކުރިއިރުގެ ޙާލަތު ބަދަލުވުމުގެ ސަބަބުން، އެ ޙުކުމްގައިވ ކަންކަނާ ބަދަލު ކުރުމަށްއެދި، އިސްތިއުނާފުކުރާ ފަރާތުން "ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް ބަދަލު ގެނައުމަށް ނުވަތަ އަމުރު ބާޠިލުކުރުމަށް އެދޭ ފޯމު"އެއް ހުށަހަޅާފައިވާކަން ލިޔުންތަކުން ދައްކައެވެ. އެ މައްސަލަ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 627/HMC/2023 ޤަޟިއްޔާގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާކަން ވެސް ލިޔުންތަކުން އެނގެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި އިސްތިއުނާފު ކޮށްފައިވާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 621/HMC/2023 ޤަޟިއްޔާ ހުށަހަޅާފައިވަނީ 08 އޮކްޓޯބަރ 2023 ދުވަހު ކަމަށްވާއިރު، އެ ކޯޓުގެ ނަންބަރު 627/HMC/2023 ޤަޟިއްޔާ ހުށަހަޅާފައިވަނީ 09 އޮކްޓޯބަރ 2023 ދުވަހުކަނ ލިޔުންތަކުން ދައްކައެވެ. މި ދެ ޤަޟިއްޔާ ބެއްލެވުމަށްވެސް ކަނޑައަޅުއްވާފައިވަނީ އެއްފަނޑިޔާރެކަނ ލިޔުންތަކުން އެނގެއެވެ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 627/HMC/2023 ޤަޟިއްޔާގެ ދަޢުވާ އަނބުރާ ގެންދިޔުމަށް އާމިނަތުގެ ފަރާތުން 10 ސެޕްޓެމްބަރ 2025 ދުވަހު އެދިފައިވާކަމަށް ލިޔުންތަކުން ދައްކައެވެ. އަދި އެ މައްސަލައިގެ ޙުކުމުގައި، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2/HMC/2023 އަވަސް އަމުރު 1ގެ މުއްދަތު ހަމަވެފައިވަނިކޮށް، 05/HMC/2025 އަވަސް އަމުރު 2 ނެރެފައިވާތީއާއި، އާމިނަތުގެ ފަރާތުން ދަޢުވާ ފޯމު ބާޠިލުކުރުމަށް އެދިފައިވާތީ، މެޖިސްޓްރޭޓް ކޯޓުތަކުގެ ޢާއިލީ އިޖުރާއަތުގެ އުޞޫލުގެ 75 ވަނަ މާއްދާގެ (ހ) އާއި (ރ)އަށް ރިޢާޔަތްކޮށް، މައްސަލަ ކުރިއަށްގެންދާނެ ތަނެއްނެތްކަމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅުއް ވާފައިވެއެވެ. އަންގައި، އެ ޙުކުމް ތަންފީޒު ނުކޮށްފިނަމަ، މެޖިސްޓްރޭޓް ކޯޓުތަކުގެ ޢާއިލީ އިޖުރާތުގެ އޞު ލުގޫ 87 ވަނަ މާއްދާގެ (އ)ގެ 7 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، އެ ޙުކުމް ތަންފީޒީ ކޮށްދިނުމަށް، ދިވެހި ފުލުހުންގެ ޚިދުމަތގު މައްޗަށް އަމުރުކޮށް، އަދި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްއަށް އކަންއަންގައެ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 621/HCM/2023 ޤަޟިއްޔާ ނިންމަވާފައިވެއެވެ.

9މި މައްސަލައިގައި 03 ޖުލައި 2024 ދުވަހު ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި، އިސްތިއުނާފު ރައްދުވާ ފަރާތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 71/HMC/2024 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި ހުށަހަޅާފައި ވނެކާ މަށާއި، ޒާހިރުގެ ފަރާތުން ހުށަހެޅި ފޯމާ ގުޅޭގޮތުން ރަޖިސްޓްރާރގެ ނިންމުން މުރާޖަޢޯ ކުރުމަށްފަހު، މައްސަލަ ބަލައިގަތުމަށް ފަނޑިޔާރުން ނިންމާފައިވާކަމުގެ މަޢުލޫމާތު އިސްތިއުނާފު ރައްދުވާ ފަރާތަށް ފާއިތުވި ހަފުތާގައި ލިބިފައި ވާކަމަށާއި، އެ މައްސަލަ މިހާރުއޮތީ ރަޖިސްޓްރޭޝަން މަރުޙަލާގައިކަމަށް ޒާހިރުގެ ފަރާތުން ބުނެފައިވެއެވެ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 71/HMC/2024 ޤަޟިއްޔާއަކީ، އެ ކޯޓުގެ ނަންބަރު 206/HMC/2023 ޤަޟިއްޔާއިން ނެރެފައިވާ އަމުރުގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅުމުން ނިންމާފައިވާ މައްސަލައެއްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ. އަދި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 71/HMC/2024 ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާގޮތަކުން، މިސާލަކަށް މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން ނިންމި ނިންމުން ގޯސްކަމަށް ކަނޑައަޅައިފި ޙާލަތުގައި، ނަންބަރު 206/HMC/2023 ޤަޟިއްޔާގެ އެ މުއްދަތު ހަމަވެފައި އޮންނާނެކަމަށާއި، އޭރުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/35 ޤަޟިއްޔާގެ ޚުޞޫމަތަށް ގޮތެއްކަނޑައަޅަން ނުޖެހޭނެތީވެ، އެކަން ޝަރީޢަތުގެ ސަމާލުކަމަށް ގެންނަކަމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/35 ޤަޟިއްޔާއާއި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 71/HMC/2024 ޤަޟިއްޔާ އެކުއެކީގައި ހިންގައިދިނުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭކަމަށް ބުނެފައިވެއެވެ.

10އިސްތިއުނާފު ރައްދުވާ ފަރާތުގެ ވަކީލުންގެ ތެރޭގައި އެޓަރނީ ޖެނެރަލްގެ އޮފީހުގައި ވަޒީފާ އަދާކުރައްވާ ފަރާތެއްވޭތޯ ޝަރީޢަތުން ސުވާލުކުރުމުން، އިސްތިއުނާފު ރައްދުވާ ފަރާތުގެ ވަކީލުންގެ ތެރެއިން އަލްއުސްތާޛު ސާދިހ ނަޞީރު ވަޒީފާ އަދާކުރައްވަނ އެޓަރނީ ޖެނެރަލގް އޮފީހުގައިކަމަށް ވިދާޅުވެފައިވެއެވެ.

11ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 71/HMC/2024 ޤަޟިއްޔާއަކީ ދިވެހިރާއްޖޭ ހައިކޯޓުގެ ނަންބަރު 2024/HC-A/147 ޤަޟިއްޔާއިން ބެލުމަށްޓަކައި، 14 ޖުލައި 2024 ދުވަހު ރަޖިސްޓަރީ ކޮށްފައިވާ މައްސަލައެކެވެ. ދިވެހިރާއްޖޭ ހައިކޯޓުގެ ނަންބަރު 2024/HC-A/147 ޤަޟިއްޔާއާއި މި ޤަޟިއްޔާގެ ބެންޗު އެއްގޮތްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/35 ޤަޟިއްޔއާއާ ނަންބަރު 147A/-4/HC022 ޤަޟިއްޔާގެ މައްސަލަތައް އެކުގައި ކުރިއަށް ގެންދިޔުމަށް އިދާރީގޮތުން ކަނޑައަޅާފައިވެއެވެ.

12ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/35 ޤަޟިއްޔާއާއި، ނަންބަރު 2024/HC-A/147 ޤަޟިއްޔާ އެކުގައި ކުރިއަށް ދަނިކޮށް، ފެމިލީ ކޯޓުގެ ނަންބަރު 905/Fm-C/2025 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި ޒާހިރުގެ ފަރާތުން ހުށަހެޅި މައްސަލަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/267 ޤަޟިއްޔާއިން ބެލުމަށް، 12 އޮކްޓޯބަރ 2025 ދުވަހު ރަޖިސްޓަރީ ކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/35 ޤަޟިއްޔާއާއި، ނަންބަރު A/147-4/HC022 ދިވެހިރާއްޖޭގެ ހައިކޯޓުގެ 03 ޖުލައި 2024 ދުވަހުގެ ޝަރީޢަތުގެ މަހުޟަރު ބަޔާން، ޞަފުޙާ 13 އިން 14 އަށް. ދިވެހިރާއްޖޭގެ ހައިކޯޓުގެ 03 ޖުލައި 2024 ދުވަހުގެ ޝަރީޢަތުގެ މަހުޟަރު ބަޔާން، ޞަފުޙާ 2. ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރޭޝަން ސެކްޝަންގެ ނަންބަރު 68/CR/2024-95 މެމޯ (25 ޖުލައި 2024). ޤަޟިއްޔާއާއި ނަންބަރު 2025/HC-A/267 ޤަޟިއްޔާގެ ބެންޗަށް ބަދަލުގެނެސް، ބެންޗު އެއްގޮތް ކޮށްފައިވެއެވެ.

13ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/267 ޤަޟިއްޔާއަކީ، ފެމިލީ ކޯޓުގެ ނަންބަރު 905/Fm-C/2025 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި ޒާހިރުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެކެވެ. ފެމިލީ ކޯޓުގެ ނަންބަރު 905/Fm-C/2025 ޤަޟިއްޔާއަކީ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 129/HMC/2025 ޤަޟިއްޔާއިން ނެރެފައިވާ ނަންބަރު 05/HMC/2025 "ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރު" ބާޠިލކުރުމަށްއެދި، ޒާހިރުގެ ފަރާތުން ފެމިލީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

14ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/267 ޤަޟިއްޔާގެ ލިޔުންތަކަށް ބެލުމުން، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 627/HMC/2023 ޤަޟިއްޔާ އެ ކޯޓުގައި ގޮތެއް ކަނޑަނާޅާއޮއްވާ، އިސްތިއުނާފުކުރާ ފަރާތުން، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރަކަށްއެދި 25 ފެބްރުއަރީ 2025 ދުވަހު ހުށަހެޅި މައްސަލަ، އެ ކޯޓުގެ ނަންބަރު 129/HMC/2025 ޤަޟިއްޔާއިން ބައްލަވާފައިވާކަން އެނގެއެވެ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 129/HMC/2025 ޤަޟިއްޔާގައި، އެ ކޯޓުގެ ނަންބަރު 05/HMC/2025 "ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރު" (27 ފެބްރުއަރީ 2025) (މީގެފަހުން އަވަސް އަމުރު 2"ކަމަށް ބުނެފައިވާ) ނެރެފައިވެއެވެ. އެ އަވަސް އަމުރު 2 ގައި، އާމިނަތުގ ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށް، ގެވެށި އަނިޔާގެ ޤާނޫނުގެ 3، 4، 37، 38، 39 އަދި 40 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އާމިނަތުއާއ މި ދެމީހުންނަށް ލިބިފައިވާ ދަރިފުޅަށް، ގެވެށި އަނިޔާގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (1(،)3(،)8(،)9(،)14(،)11(،)15،) ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރޭޝަން ސެކްޝަންގެ ނަންބަރު 238/5CR/202-95 މެމޯ (28 އޮކްޓޯބަރ 2025) އަދި، ނަންބަރު 260/CR/2025-95 މެމޯ (07 ޑިސެމްބަރ 2025). (16) އަދި (17) ވަނަ ނަންބަރުގައި ބަޔާންކުރާ ގެވެށި އަނިޔާގެ އެއްވެސް ޢަމަލެއް ނުކުރުމަށާއި، ދަރިފުޅު ކައިރީގައި ދަރިފުޅުގެ އުމުރާނު ގުޅޭގޮތަށް މަންމައާމެދު ނުބައި ތަޞައްވުރެއް އުފެދޭގޮތަށް ވާހަކަ ނުދެއްކުމަށް، މި މައްސަލައިގެ އިސްތިއުނާފު ރައްދުވާ ޒާހިރަށް އަންގައި، ދަރިފުޅު މަންމަގާތުގައި ހުންނައިރު ކޮންމެ ހަފުތާއެއްގެ ހުކުރު އަދި ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އާދެމެދުގެ ވަގުތު ކުއްޖާގެ ބައްޕައާއެކު ހޭދަކުރުމަށް ކަނޑައަޅައި، އޭގެކުރިން ކޯޓުން ނެރެފައިވާ އަމުރުތަކަށް ތަބާނުވު އެއަމުރުތަކުގައި ވާކަންކަން ކުއްޖާގެ މަޞްލަޙަތާ އެއްގޮތަށް ތަންފީޒު ކުރެވިފައިނުވާތީއާއި، އޭގެސަބަބުން ކުއްޖާގެ ޙައްޤުތަކަށް އުނިކަން އައިސް، އާމިނަތުއަށް ނަފުސާނީގޮތުން އަސަރުކޮށްފައިވާތީ، ޤާނޫނުގެ މަޤުޞަދު ފުރިހަމަވާނެގޮތަށ ޤާނޫނުގް ތެރެއިން ރައްކާތެރިކަން ލިބިދޭންޖެހޭ ފަރާތްތަކުގެ ރައްކާތެރިކަން ކޯޓުން ކަށަވަރުކުރަންޖެހޭތީ، ކުއްޖާއަށް ޖިސްމާނީ އަނިޔާ ލިބޭކަމަށް ކުރިންވެސް މައްސަލަ ހުށަހެޅި ނަޞީޙަތްތެރި ވެފައިވާކަން ފުލުހުންގެ ލިޔުންތަކުން އެނގެންއޮންނާތީ، އަމުރާ ޚިލާފުވާ ބެލެނިވެރިއެއްގެ ފަރާތުން ކުއްޖާއަށް ނަފުސާނީ އަދި ޖިސްމާނީ އަނިޔާ ލިބޭފަދަކަމެއ ކޮށްގެން ފުލުހުންނަށް މައްސަލައެއް ހުށަހެޅިއްޖެނަމަ، އެ މައްސަލައެއްގެ ޙަޤީޤަތް ޖިނާއީ ތަޙުޤީޤެއްގެ ތެރެއިން ހޯދައި ދަޢުވާކުރުމަށް ފޮނުވުމަކީ ފުލުހުންނަށް ލިބިގެންވާ ބާރެއްކަމުގައި އަންގައި، އެ އަމުރު ތަންފީޒުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަންގައި އަމުރުކޮށްފައިވެއެވެ.

15ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 129/HMC/2025 ޤަޟިއްޔާއިން ނެރެފައިވާ ރައްކާތެރިކުރުމުގެ އަވަސް އަމުރު 2 ބާޠިލު ކުރުމަށްއެދި، އިސްތިއުނާފު ރައްދުވާ ފަރާތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ބަދަލުގައި، އެ މައްސަލަ ހުށަހަޅާފައިވަނީ ފެމިލީ ކޯޓަށެވެ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 129/HMC/2025 ޤަޟިއްޔާގައި ނެރެފައިވާ އަވަސް އަމުރު ބާޠިލުކުރުމަށްއެދި ހުށަހެޅި މައްސަލަ ބައްލަވާފައިވަނީ، ފެމިލީ ކޯޓުގެ ނަންބަރު 905/Fm-C/2025 ޤަޟިއްޔާއިންނެވެ. ފެމިލީ ކޯޓުގެ ނަންބަރު 905/Fm-C/2025 ޤަޟިއްޔާގައި ޒާހިރުގެ ފަރާތުން، 12 ޖޫން 2025 ދުވަހު ބާޠިލުކުރުމަށްއެދ ހުށަހެޅި އަމުރަކީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރުއްވާފައިވާ އަމުރަކަށްވެފައި، ގެވެށި އަނިޔާގެ ޤާނޫނުގެ ދަށުން ކޯޓަކުން ނެރޭއަމުރެއް ބާޠިލުކުރުމަށްއެދި ހުށަހަޅަންޖެހޭނީ އެ އަމުރު ނެރުނު ކޯޓަށްކަމުން، އެހެން ކޯޓަކުން ނެރެފައިވާ ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރު ބާޠިލުކުރުމަށް ހުށަހަޅާ ހުށަހެޅުންތައް ފެމިލީ ކޯޓަށް ބަލައިގަނެވޭނެ ތަނެއްނެތްކަމަށް ކަނޑައަޅައި، 31 ޖުލައި 2025 ދުވަހު ފެމިލީ ކޯޓުން މައްސަލަ ނިންމަވާފައިވެއެވެ.

16ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/35 ޤަޟިއްޔާއާއި ނަންބަރު A/147-4/HC022 ޤަޟިއްޔާއާއި ނަންބަރު 2025/HC-A/267 ޤަޟިއްޔާގެ އަޑުއެހުންތައް ނިމުނުފަހުން، މި ކޯޓުގެ ނަންބަރު 2025/HC-A/267 ޤަޟިއްޔާގައި ޙުކުމް ކުރުމަށް 24 ޑިސެމްބަރ 2025 ދުވަހު ތާވަލުކޮށްފައި ވަނިކޮށް، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 660/HMC/2023 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި، މި ދެމީހުންގެ ދަރިފުޅު، ޒާހިރުއާއެކު ދިރިއުޅުމަށް އިޚްތިޔާރު ކޮށްފައިވާތީއާއި، ކުއްޖާ އިޚްތިޔާރު ކޮށްފައިވާގޮތަށް އިހުތިރާމ ކުރުމަށު ކުއްޖާގެ މަންމަވެސް ޝަރީޢަތުގެ މަޖިލީހުގައި އެއްބަސްވި ގޮތުގެމަތިން އެ ޤަޟިއްޔާގައި ޙުކުމް ކޮށްފައިވާތީ، ކުއްޖާގެ މަޞްލަޙަތުގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/267 ޤަޟިއްޔާ ކުރިއަށް ގެންދިޔުމަށް ބޭނުންނުވާތީ، ދަޢުވާ ފޯމު ބާޠިލު ކޮށްދިނުމަށްއެދި، ޒާހިރުގެ ފަރާތުން 24 ޑިސެމްބަރ 2025 ދުވަހު ސިޓީ ފޮނުވާފައިވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/267 ޤަޟިއްޔާގައި ޙުކުމް ކުރުމަށް 24 ޑިސެމްބަރ 2025 ދުވަހު ތާވަލުކޮށްފައި ވީނަމަވެސް، އެ ދުވަހު ޙުކުމްކުރުން ކެންސަލުކޮށް، 25 ޑިސެމްބަރ 2025 ދުވަހު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/267 ޤަޟިއްޔާގެ ދަޢުވާ ފޯމު ބާޠިލު ކޮށްފައިވެއެވެ.

17ބުނެވިދިޔަ ގޮތުގެމަތިން ކަންހިނގާފައިވަނިކޮށް، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 660/HMC/2023 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވާތީ، އެ ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަށް ރިޢާޔަތްކޮށް، ދެފަރާތަށް ލިބިފައިވާ ދަރިފުޅުގެ މަޞްލަޙަތުގައި، ޒާހިރުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/147-4/HC022 ޤަޟިއްޔާއިން ބަލަމުންދާ މައްސަލަ ބާޠިލު ކޮށްދިނުމަށްއެދި، ޒާހިރުގެ ފަރާތުން 24 ޑިސެމްބަރ 2025 ދުވަހު ސިޓީ ފޮނުވާފައިވާކަން ލިޔުންތަކުން ދައްކައެވެ. އަދި ޒާހިރުގެ ފަރާތުން އެދިފައިވާ ގޮތުގެމަތިން، 24 ޑިސެމްބަރ 2025 ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/147-4/HC022 ޤަޟިއްޔާ ބާޠިލުކޮށްފައިވެއެވެ.

18ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/147-4/HC022 ޤަޟިއްޔާ ބާޠިލު ކޮށްފައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/35 ޤަޟިއްޔާގެ ނިންމުން ފަސްކޮށްދިނުމަށް އިސްތިއުނާފު ރައްދުވާ ޒާހިރުގެ ފަރާތުން ކުރިން ޝަރީޢަތުގެ މަޖިލީހުގައި އެދިފައިވާ ޙާލަތު ނެތިގޮސްފައިވާއިރު، އިސްތިއުނާފީ މި މައްސަލަ ބާޠިލުކުރުމަށް އިސްތިއުނާފުކުރާ ފަރާތުން އެދިފައިނުވެއެވެ.

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނިންމިގޮތް

19އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ކަންކަމުގެ މައްޗަށް ބިނާކޮށް، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާގޮތް ތިރީގައި އެވަނީއެވެ. "ދެންފަހެ، މި ކޯޓުގެ 85/HMC/2023 ޤަޟިއްޔާގެ ދަށުން ނެރެފައިވާ، މި ކޯޓުގެ 2/HMC/2023 "ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރު" ބާޠިލްކުރުމަށްއެދި މާލެ، xxxxxxx، އާމިނަތު xxxxxގެ މައްޗަށް xxxxxxx، އިސްތިއުނާފު ކޮށްފައިވާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 621/HMC/2023 ޤަޟިއްޔާގެ ނިންމުމުގެ ސަބަބުން، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 627/HMC/2023 ޤަޟިއްޔާ ހުއްޓުމަކަށް އައިސްފައިވާކަމަށް ބެލެވޭއިރު، އާމިނަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، އެ ކޯޓުގެ ނަންބަރު 129/HMC/2025 ޤަޟިއްޔާގެ ތެރެއިން އައުއަމުރަކަށް އެދެންޖެހިފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ކޯޓުގެ ނަންބަރު 2024/HC-A/147 ޤަޟިއްޔާގައި ގޮތެއްނިންމުމުން، މި ކޯޓުގެ ނަންބަރު 2024/HC-A/35 ޤަޟިއްޔާގައި ގޮތެއްނިންމަނ ނުޖެހޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ޝަރީޢަތުގައި ބުނަމުން ދިޔުމަށްފަހު، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 660/HMC/2023 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވާތީ ކަމަށްބުނެ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/147 ޤަޟިއްޔާ އިތުރަށް ކުރިއަށް ގެންދިޔުމަށް ބޭނުންނުވާކަމަށް ބުނެފައިވުމުން، މި ކޯޓުގެ ނަންބަރު 2024/HC-A/35 ޤަޟިއްޔާގައި ގޮތެއްކަނޑައެޅުނ ލަސްކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި އެދިފައިވާ ސަބަބުގެ ތެދުވެރިކަމާމެދު ސ ވާލުއުފެދެއެވެ. ××××××× ޒާހިރު ހުށަހެޅި މައްސަލައާއި ގުޅިގެން، މިކޯޓުގެ ނަންބަރު 206/HMC/2023 ޤަޟިއްޔާއިން ނިންމަވާފައިވާ ނިންމުމާއި އެއްގޮތަށް އާމިނަތު ×××××ގެ މައްޗަށް ××××× ޒާހިރު ހުށައަޅާފައިވާ މި މައްސަލައިގައި، މި ކޯޓަށް ހުށަހެޅުނު މި ކޯޓުގެ ނަންބަރު 206/HMC/2023 ޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް، އާމިނަތު ×××××× ޢަމަލުކުރަމުން ނުދާކަން، ދެފަރާތުގެ ބަހުން އެނގެން އޮތުމުން، މިއަދު (25 ޑިސެމްބަރ 2023) ނ ފެށިގެން މި ކޯޓުގެ ނަންބަރު 206/HMC/2023 ޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް ޢަމަލުކުރުމަށް އާމިނަތު ×××××އަށް އަންގައި މި ދެމީހުންގެ ކައިވެންޏަށް ލިބުނު ××××××××××× އާއިއެކު ވަގުތު ހޭދަކުރުމަށްޓަކައި ކޮންމެ ހަފްތާއެއްގެ ހުކުރު ހޮނިހިރު، ދުވަހުގެ ހަވީރު 4:00 އިން 6:00 އާއި ދެމެދުގެ ވަގުތު ހޭދަކުރުމަށް ކުއްޖާގެ ބައްޕަ ކުއްޖާ ބަލާދިޔުމުން، ××××× ޒާހިރުއާއި ހަވާލުކުރުމަށް، އާމިނަތު ××××××އަށް އަންގައި، މި ޙުކުމް ތަންފީޒް ނުކޮށްފިނަމަ، ކޯޓުތަކުގެ އާއިލީ އިޖުރާތުގެ އުސޫލުގެ 87 ވަނަ މާއްދާގެ (އ) ގެ 7 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، މި ޙުކުމް ތަންފީޒްކޮށްދިނުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް ޢމުރަ ކޮށް، އަދި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްއަށް މިކަން އަންގައި، މ ގޮތުގެ މަތިން ޙުކުމްކޮށް މި ޤަޟިއްޔާ ނިންމީމެވެ." އިސްތިއުނާފު ނުކުތާއާއި ދެކެވުނު ވާހަކާ

20ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމަކު ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ނިންމުމެއް ކަމަށްބުނެ، އިސްތިއުނާފުކުރާ ފަރާތުން 1 (އެކެއް) ނުކުތާ ހުށަހަޅާފައިވެއެވެ. މި މައްސަލައިގެ އިސްތިއުނާފު ފޯމުގައިވާ ނުކުތާގެ ތަފުސީލާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެކެވުނު މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

21އިސްތިއުނާފުކުރާ ފަރާތުގެ ނުކުތާގައި، ގެވެށި އަނިޔާގެ ޤާނޫނުގެ ދަށުން ނެރެދީފައިވާ ރައްކާތެރިކުރުމުގެ އަމުރު، އެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން މުރާޖަޢާކުރުމަށް، އެ އަމުރުން ރައްކާތރެ ކުރެވިގެންވި ފަރާތުން ހުށހެޅަ ފައިވަނިކޮށް، ރައްކާތެރިކުރުމުގެ އަމުރު ރައްދުވާ ފަރާތުން ތަންފޒީށ ހުށަހެޅް ބެލެވިފައިވާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 621/HMC/2023 ޤަޟިއްޔާގައި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު)ގެ 77 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޙުކުމް ތަންފީޒީ ކުރުނު ފަސްކުރަންޖެހޭ ޙާލަތެއް ނެތްކަމަށްބަލައި، ތަންފީޒީ ކުރުމަށްއެދި ހުށަހަޅާފައިވާ ޙުކުމާ އެއްގޮތަށް ޢަމަލުކުރުމަށް އަމުރު ކުރައްވާފައިވަނީ، ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނު)ގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ޤާނޫނުގެ މަޤުޞަދަށް ބެލުމުގެ އުޞޫލާ ޚިލާފަށްކަމަށް ބުނެފައިވެއެވެ. އަދި ބުނެވިދިޔަ ނުކުތާއާ ގުޅުންހުރިކަމަށް އިސްތިއުނާފުކުރާ ފަރާތުންދެކޭ ޤާނޫނީ އުޞޫލުތައް ތަފުސީލު ކޮށްފައިވެއެވެ.

22އެގޮތުން، ގެވެށި އަނިޔާގެ ޤާނޫނުގައި ދެ ބާވަތެއްގެ ރައްކާތެރިކުރުމުގެ އަމުރު އޮންނަކަމގައު ވެ. އެއީ، ގެވެށި އަނިޔގާ ޤާނޫނުގެ 18 ވަނަ މާއްދާގައިވާ ރައްކާތެރިކުރުމުގެ އަމުރާއި، އެ ޤާނޫނުގެ 37 ވަނަ މާއްދާގައިވާ ރައްކާތެރިކުރުމުގެ އަވަސް އަމުރުކަމަށެވެ. އަދި ގެވެށި އަނިޔާގެ ޤާނޫނުގެ 33 ވަނަ މާއްދާއާއި، 34 ވަނަ މާއްދާއާއި 41 ވަނަ މާއްދާއަށް ބެލުމުން، އެ ދެ ބާވަތުގެ އަމުރުވެސް މުރާޖަޢާ ކުރެވިދާނެކަން އެނގޭކަމަށެވެ.

23ގެވެށި އަނިޔާގެ ޤާނޫނުގެ 18 ވަނަ މާއްދާގައިވާ ރައްކާތެރި ކުރުމުގެ އަމުރެއް މުރާޖަޢާ ކުރުމަށް، އަމުރަށް އެދުނު ފަރާތާއި އަމުރު ނިސްބަތްވާ ފަރާތަށްވެސް ހުށަހެޅިދާނެކަން، އެ ޤާނޫނުގެ 33 ވަނަ މާއްދާއާއަ 34 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމަށެވެ. އެއާޚިލާފަށް، ގެވެށި އަނިޔާގެ ޤާނޫނުގެ 37 ވަނަ މާއްދާގައިވާ ރައްކާތެރިކުރުމުގެ އަވަސް އަމުރު މުރާޖަޢާކުރުމަށް އެދެވޭނީ ހަމައެކަނި އަމުރު ނިސްބަތްވާ ފަރާތަށްކަން، އެ ޤާނޫނުގެ 41 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމަށެވެ. އަދި ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ދާއިމީ ވެއްޖެނަމަ، އެ ޤާނޫނުގެ 33 ވަނަ މާއްދާއާއި 34 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މީގެފަހުން "ކޯޓުތަކުގެ ޤާނޫނު"ކަމަށް ބުނެފައިވާ. މީގެފަހުން "މާނަކުރުމުގެ ހަމަތަކުގެ ޤާނޫނު"ކަމަށް ބުނެފައިވާ. ޙިމާޔަތްކޮށްފައިވާ ފަރާތަށްވެސް އެދެވިދާނެކަން، ބުނެވިދިޔަ މާއްދާތަކާއި، އެ ޤާނޫނުގެ 38 ވަނަ މާއްދާގެ

(ށ)އަށް ބެލުމުން އެނގޭކަމަށެވެ.

24ގެވެށި އަނިޔާގެ ޤާނޫނުގެ 33 ވަނަ މާއްދާއާއި، 34 ވަނަ މާއްދާ އަދި 41 ވަނަ މާއްދާއަށް ބަލާއިރު، އެ ޤާނޫނުގައި ބަޔާންކުރާ ދެ ބާވަތުގެ ރައްކާތެރިކުރުމުގެ އަމުރަކީވެސް، އެ އަމުރު ދެމިއޮންނަ މުއްދަތުގެ ތެރޭގައި މުރާޖަޢާކުރެވިދާނެ އަމުރުތަކެއްކަން އެނގޭކަމަށެވެ. އެހެންކަމުން، ރައްކާތެރިކުރުމުގެ އަމުރެއް މުރާޖަޢާ ކުރުމަށްއެދި ކޯޓަށް ހުށަހެޅުމުން އެ ހުށަހެޅުން ބަލައިގަނެ، އެ އަމުރު މުރާޖަޢާކުރުން ކުރިއަށްދާނަމަ، އެފަދަ އަމުރެއް ބާޠިލުކުރުމުގެ ފުރުޞަތު އޮންނާނެކަމަށެވެ. އެ ސަބަބަށްޓަކައި، ގެވެށި އަނިޔާގެ ޤާނޫނުގެ ދަށުން ފުރަތަމަ މަރުޙަލާގެ ކޯޓަކުންނެރޭ ރައްކާތެރިކުރުމުގެ އަމުރަކީ، އެ މައްސަލައިގައި ކޯޓުން ނިންމާ އެންމެ ފަހުގެ ނިންމުންކަމުގައި ނުވާނެކަމަށެވެ. އަދި ރައްކާތެރި ކުރުމުގެ އަމުރެއް އެއްފަހަރަށްވުރެ ގިނަފަހަރު މުރާޖަޢާކުރުމުގެ ފުރުޞަތު އޮންނާނެކަމގައެވެ.

25ރައްކާތެރިކުރުމުގެ އަމުރެއް، މަދަނީ ޢަދުލުގެ ނިޒާމުގެ ތެރެއިން އެ އަމުރެއް ނެރެދިނ ކޯޓް މެދުވެރިކޮށް ތަންފޒީކުރުމާބެހޭ ވަކިމާއްދާތަކެއް ނެތްކަމަށެވެ. އަދި ގެވެށި އަނިޔާގެ ޤާނޫނުގެ 66 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޯޓާ ޙަވާލާކުރެވިފައިވާ ކަންކަމާގުޅޭގޮތުން ގަވާއިދުހަދާނީ ކޯޓުންކަމަށް ބަޔާންކޮށްފައިވާއިރު، ވަކި ގަވާއިދެއް ވުޖޫދުވެފައިނުވާތީ، މަދަނީ ޢަދުލުގެ ނިޒާމުގެ ތެރެއިން، ރައްކާތެރިކުރުމުގެ އަމުރު ތަންފީޒީ ކުރުމާގުޅޭ ވަކިއުޞޫލުތަކެއް ނެތްކަމަށެވެ. އަދި ތަންފީޒުކުރުމާ ގުޅޭގޮތުން ބަޔާންކޮށްފައިވާ މިންވަރަކީ، ގެވެށި އަނިޔާގެ ޤާނޫނުގެ 35 ވަނަ މާއްދާއާއި 36 ވަނަ މާއްދާގައި، އަމުރާ ޚިލާފުވެއްޖެނަމަ، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅުން ލާޒިމުކުރާ މިންވަރުކަމގައުވެ.

26މިހާރު ޢާމަލުކުރަމުންދާ އުޞޫލަށްބަލާއިރު، ޢާއިލާއާބެހޭ ގަވާއިދުގެ ދަށުން ބާރުލިބިގެން އެކުލަވާލާފައިވާ ޢާއިލީ އިޖުރާއަތުގެ ގަވާއިދު ނުވަތަ އުޞޫލުގައި ބަޔާންކޮށްފައިވާ ޙުކުމް ތަންފީޒުކުރުމުގެ އިޖުރާއަތުގެ ތެރެއިން، ރައްކާތެރިކުރުމުގެ އަމުރު ތަންފީޒީ ކުރުމަށް އެދުމުގެ ފުރުޞަތު އޮންނަކަން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. އަދި މިފަދައިން ހުށަހެޅޭ މައްސަލަތައް ބެލުމުގައި ކޯޓުތަކުން ޢާއިލީ އިޖުރާއަތުގެ ގަވާއިދު ނުވަތަ އުޞޫލު ތަޠުބީޤު ކުރައްވާކަންވެސ އެނގެން އޮންނަކަމުގައެވެ. މިސާލަކަށް، އިސްތިއުނާފު ކޮށްފައިވާ ދަށުކޯޓުގެ ޙުކުމަށް ބަލާއިރު، އެ ޙުކުމުގައި، މެޖިސްޓްރޭޓް ކޯޓުތަކުގެ ޢާއިލީ އިޖުރާއަތުގެ އުޞޫލުގެ 87 ވަނަ މާއްދާގެ (އ)ގެ (7) ވަނަ ނަންބަރަށް ރިޢާޔަތް ކުރައްވައި، ރައްކާތެރިކުރުމުގެ އަމުރު ތަންފީޒު ކުރުމަށްޓަކައި، ދިވެހި ފުލުހުންގެ ޚިދުމަތާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމންޓުގެ މައްޗަށް އަންގައި، އަމުރު ކުރައްވާފައި ވާކަމަށެވެ.

27ޤާނޫނު ނަންބަރު 2000/4 (އާއިލާއާބެހޭ ޤާނޫނު)ގެ ދަށުން އެކުލަވާލާފައިވާ ޢާއިލީ އިޖުރާއަތުގެ އުޞޫލުގައި ބަޔާންކޮށްފައިވާ އިޖުރާއަތެއް ގެވެށި އަނިޔާގެ ޤާނޫނުގެ ދަށުން ނެރެފައިވާ އަމުރެއް ތަންފީޒުކުރުމުގެ މައްސަލައެއްގައި ތަޠުބީޤު ކުރައްވާފައިވަނީ ކޮންޤާނޫނީ އުޞޫލެއްގެ ދަށުންކަން އެ ކޯޓުން ބަޔާންކޮށްދެއްވާފައި ނުވާކަމަށެވެ. މިފަދައިން ޢަމަލު ކުރުމަކީ އޭގެޒާތުގައ ޤާނޫނި ސުވާލުއުފެދޭ ކަމެއްކަމަށެވެ. އާއިލީ މައްސަލަތަކާއި ގެވެށާ އަނިޔާގެ މައްސަލަތަކަކީ ތަފާތު މައްސަލަތަކެއް ކަމަށްވެފައި، ގެވެށި އަނިޔގާ ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ)، (ނ) އަދި (ޅ) ގައި، އެ ޤާނޫނުގެ މަޤޞަދުގު ތެރޭގައި، އަނިޔާގެ ޝިކާރައަކަށްވާ މީހާއަށް އެކަށީގެންވާ ރައްކާތެރިކަމާއި ޙިމާޔަތް ލިބިދިނުމާއި، އޭނާއަށް އެންމެ ޚަރަދުކުޑަކޮށް، އެންމެ އަވަހަށް، އަދި އެންމެ ލުއިފަސޭހަ މަރުޙަލާއެއްގެ ތެރެއިން އިންޞާފު ގަވާއިދު ނަންބަރު 102-2022/R "ފެމިލީ ކޯޓުގެ ޢާއިލީ އިޖުރާއަތުގެ ގަވާއިދު" އަދި، އުސޫލު ނަންބަރު 26-2022/G "މެޖިސްޓްރޭޓް ކޯޓުތަކުގެ ޢާއިލީ އިޖުރާއަތުގެ އުސޫލު". އިސްތިއުނާފު ފޯމުގެ ނަންބަރު 8.7.3 އަދި 8.7.4 ނުކުތާ. މީގެފަހުން "އާއިލާއާބެހޭ ޤާނޫނު"ކަމަށް ބުނެފައިވާ. ހޯދައިދިނުމާއި، ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމުގެގޮތުން ޝަރީޢަތުންކުރާ އަމުރުތައް ތަންފީޒީ ކުރެވޭނެގޮތް ހެދުން ހިމެނޭތީ، ރައްކާތެރިކުރުމުގެ އަމުރު ތަންފީޒީ ކުރާއިރު، އާއިލީ މައްސަލަތަކާ ޚިލާފަށް، ގެވެށި އަނިޔާގެ ޤާނޫނަށް ބަލައި، ކޯޓުން ރިޢާޔަތް ކުރައްވަންޖެހޭ ކަންކަން ތަފާތުވާން ޖެހޭނެކަމަށް، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާކަމަށެވެ.

28ގެވެށި އަނިޔގާ ޤާނޫނުގެ 33 ވަނަ މާއްދާއާއި، 34 ވަނަ މާއްދއާއާ 41 ވަނަ މާއްދާއިން، އެ ޤާނޫނުގައި ބަޔާންކުރާ ދެ ބާވަތުގެ ރައްކާތެރިކުރުމުގެ އަމުރުވެސް މުރާޖަޢާ ކުރެވިދާނެކަން އެނގެން އޮންނައިރު، ރައްކާތެރިކުރުމުގެ އަމުރުގެ މުރާޖަޢާ މައްސަލަ ކުރިއަށްދާއިރު، އެ އަމުރު ތަންފީޒީ ކުރުނު ފަސްކުރެވިދާނެކަނ ނުވަތް ނޫންކަން އެ ޤާނޫނުގައި ބަޔާންކޮށްފައި ނުވާކަމަށެވެ. އިސްތިއުނާފު ކޮށްފައިވާ މައްސަލައިގައި ދަށުކޯޓުން ޙުކުމް ކުރެއްވިއިރު، ކޯޓުތަކުގެ ޤާނޫނުގެ 77 ވަނަ މާއްދާއަށް ރިޢާޔަތްކުރައްވައި، ޙުކުމް ތަންފީޒީ ކުރު ން ފަސްކުރަންޖެހޭނެ ޙާލަތެއް ނެތްކަމަށްބަލައި، ތަންފީޒީ ކޮށްދިނުމަށްއެދި، ހުށަހަޅާފައި ވ ޙުކުމާ އެއްގޮތަށް ޢަމަލުކުރުމަށް އަންގައި ޙުކުމް ކުރައްވާފައި ވާކަމަށެވެ.

29ގެވެށި އަނިޔާގެ ޤާނޫނުގައި، ރައްކާތެރިކުރުމުގެ އަމުރު ތަންފީޒުކުރުމަށް ނުވަތަ އެފަދަ އަމުރެއް މުރާޖަޢަ ކުރުމަށްއެދި ހުށަހަޅާ ޙާލަތުގައި، އަމުރު ތަންފީޒުކުރުމާ ގުޅޭގޮތުން ވަކިއުޞޫލެއް ބަޔާންކޮށްފައި ނުވާކަމަށެވެ. މި ދެ ޙާލަތުގައިވެސް، ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި އިންޞާފު ޤާއިމުކުރުމަށްޓަކައި ޢަމަލު ކުރަންޖެހޭ އުޞޫލު ބަޔާންކޮށްފައިވަނީ މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 6 ވަނަ މާއްދާގައިވާ، މަޤުޞަދަށް ބެލުމުގެ އުޞޫލގައުކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށެވެ. އެގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ދިވެހި ދައުލަތް) ވ. ސަދަނ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް(2023/HC-A/177) (މީގެފަހުން "ސަދަން އެންޓަރޕްރައިސަސް މައްސަލަ"ކަމަށް ބުނެފައިވާ) ޤަޟިއްޔާގައި، މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ޣައިރު ޙާޟިރުގައިކުރާ ޙުކުމް މުރާޖަޢާކުރެވޭ ޙާލަތުގައި، ޙުކުމަށް ޢަމަލު ކުރަންޖެހޭކަން ނުވަތަ ނޫންކަން އެ ޤާނޫނުގައި ބަޔާންކޮށްފައިނުވާތީ، އެ ޙާލަތުގައި ޢަމަލުކުރަންޖެހޭ އުޞޫލު ކަނޑައެޅުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން މަޤުޞަދަށް ބެލުމުގެ އުޞޫލުގެ ބޭނުންކޮށްފައި ވާކަމަށެވެ.

30ގެވެށި އަނިޔގާ ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ)، (ނ) އަދި (ޅ)ގައި ބަޔާންކޮށްފައިވާ އަނިޔާގެ ޝިކާރައަކަށްވާ މީހާއަށް އެކަށީގެންވާ ރައްކާތެރިކަމާއި ޙިމާޔަތް ލިބިދިނުމާއި، އޭނާއަށް އެންމެ ޚަރަދުކުޑަކޮށް، އެންމެއަވަހަށް، އަދި އެންމެ ލުއިފަސޭހަ މަރުޙަލާއެއްގެ ތެރެއިން އިންޞާފު ހޯދައިދިނުމާއި، ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމުގެގޮތުން ޝަރީޢަތުންކުރާ އަމުރުތައް ތަންފީޒު ކުރެވޭނެގޮތް ހެދުމުގެ މަޤުޞަދަށްބަލައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު މާނަކުރަންވާނީ، މަދަނީ ޢަދުލުގެ ނިޒާމުގެ ތެރެއިން ރައްކާތެރިކުރުމުގެ އަމުރު ތަންފީޒުކުރެވޭނެ ގޮތަށާއި، ރައްކާތެރިކުރުމުގެ އަމުރު މުރާޖަޢާކުރާ ޙާލަތުގައި، އެފަދަ އަމުރަކުން ޙިމާޔަތްކުރާ ފަރާތް ރައްކާތެރިކުރުމުގެ މަޤުޞަދަށްޓަކައި، އެ އަމުރުގެބައެއް ތަންފީޒުކުރުން ފަސްކުރުން ހުއްދަކަމަށް ބަލައިގެންކަމުގައެވެ.

31ގެވެށި އަނިޔާގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ)، (ނ) އަދި (ޅ)ގައި ބަޔާންކުރި މަޤޞަދުތައު ނެގެހެއްޓުމަށްޓަކައި، ރައްކާތެރިކުރުމުގެ އަމުރު މުރާޖަޢާކުރާ ޙާލަތުގައި، އެ އަމުރު ތަންފީޒީ ކުރުނު ފަސްކުރުން ގައިދުވެފައި އޮންނަންޖެހޭނީ ހަމައެކަނި އެ އަމުރުގެ ބައެއްގެ މައްޗަށްކަމަށް ދެކޭކަމަށެވެ. އެފަދައިން އަމުރުގެބައެއް ތަންފޒީކުރުނ ފަސްކުރުމަށް ކޯޓަށް ލިބިދޭބާރު ބޭނުންކުރަންވާނީ، ހަމައެކަނި އެ އަމުރުން ޙިމާޔަތްކުރެވިފައިވ ފަރާތާ ރައްކާތެރިކުރުމުގެ މަޤޞަދުގައުކަމަށް ދެކޭކަމަށެވެ. މިސާލަކަށް، އަމުރު ނިސްބަތްވާ ފަރާތުން އަމުރާ ޚިލާ ފުވެގެނ އަމުރް މުރާޖަޢާކުރާ ޙާލަތުގައި، އަމުރާ ޚިލާފުވުމުގެ ޢަމަލަކީ، އަމުރުގައި މުޢާމަލާތް ކުރެވޭގޮތާގުޅޭބައިގެ ސަބަބުން ކަމަށްވާނަމަ، ޤާނޫނު މާނަކުރަންވާނީ އެބަޔަށް ޢަމަލުކުރުން ފަސްކުރެވޭނެ ގޮތަށްކަމަށް ދެކޭކަމަށެވެ. ސަބަބަކީ، ގެވެށި އަނިޔާގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ)އ އެއްގޮތްވާ ގޮތުގެމަތިން، އަމުރުން ޙިމާޔަތްކުރާ ފަރާތް ރައްކާތެރިކުރުމުގެ މަޤުޞަދު ނެގެހެއްޓޭނީ އެފަދަ މާނަކުރުމެއް ދީގެންކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.

32މީގެއިތުރުން، ބުނެވިދިޔަ ގޮތުގެމަތިން ޢަމަލު ނުކޮށްފިނަމަ، ރައްކާތެރިކުރުމުގެ އަމުރުގައިވާ ރައްކާތެރިކުރުމުގެ ފިޔަވަޅުތަކާއި، ގެވެށި އަނިޔާގެ ޤާނޫނުގެ 28 ވަނަ މާއްދާގެ ދަށުން ކޮންމެއަމުރެއްގެ މައްޗަށްހިނގާ ޢާއްމު ޝަރުޠުތަކުގެ ބާރުކެނޑިގެން ދިޔުމުގެ ފުރުޞަތު އޮންނާނެކަމަށާއި، އެއީ އެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ޅ)ގައި ބަޔާންކުރި ޝަރީޢަތުންކުރާ އަމުރުތައް ތަންފީޒު ކުރެވޭނެގޮތްހެދުމުގެ މަޤުޞަދު ނަފީވެގެން ދިޔުމުގެ އިތުރުން، ޤާނޫނު ތަޞައްވުރުކުރާ ނަތީޖާ ހާސިލވާނެކަމެއް ނޫންކަމަށު ދެކޭކަމަށެވެ. އެހެންކަމުން، ބުނެވިދިޔަ ސަބަބުތަކަށްޓަކައި، ސަދަނ އެންޓަރޕްރައިސަސް މައްސަލައިގައި، މަދަނީ މައްސަލަތަކުގައި ޙުކުމް ތަންފީޒުކުރާއިރު، މުޅިޙުކުމ ތަންފީޒުކުރުން ފަސްކުރެވޭގޮތަށް ކަނޑައަޅާފައި ވީނަމަވެސް، ގެވެށި އަނިޔާގެ ޤާނޫނުގެ ޙާލަތުގައި ޢަމަލު ކުރަންޖެހޭގޮތް ތަފާތުވާން ޖެހޭނެކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށެވެ.

33ކޯޓުގެ ޙުކުމް މުރާޖަޢާކުރުމަށް ހުށަހެޅިފައިވާ ޙާލަތުގައި، ކޯޓުތަކުގެ ޤާނޫނުގެ 77 ވަނަ މާއްދާ ތަޠުބީޤުކުރުމާ ގުޅޭގޮތުން، ސަދަނ އެންޓަރޕްރައިސަސް މައްސަލައިގެ ޙުކުމަށް ބަލާއިރު، އެ މާއްދާގައިވަނަ ކޯޓުތަކުން ޢަމަލުކުރަންޖެހޭ ޢާއްމު އުޞޫލުކަމަށާއި، ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު)ގައި، ޣައިރު ޙާޟިރުގައިކުރާ ޙުކުމް، މުރާޖަޢާކުރުމާބެހޭ ޚާއްޞަ އިޖުރާއަތުތަކެއް އެ ޤާނޫނުގައި ކަނޑައެޅިފައވުމުން، ޚާއްޞަ ޤާނޫނުގައިހުރި ޚާއްޞަ އިޖުރާއަތުތައް ކޯޓުތަކުގެ ޤާނޫނުގެ 77 ވަނަ މާއްދާގައި ބަޔާންކުރާ ޢާއްމު އުޞޫލުން އިސްތިސްނާ ވާނެކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

34ސަދަނ އެންޓަރޕްރައިސަސް މައްސަލައިގައިވާ ބުނެވިދިޔަ އުޞޫލު، އިސްތިއުނާފު ކޮށްފައިވާ މައްސަލައަށް ތަޠުބީޤުކުރާއިރު، ގެވެށި އަނިޔާގެ ޤާނޫނުގައި އަމުރު މުރާޖަޢާ ކުރުމާބެހޭ ޚާއްޞަ އިޖުރާއަތެއް މީގެފަހުން "މަދަނީ އިޖުރާއަތުގެ ޤާނޫނު"ކަމަށް ބުނެފައިވާ. ބަޔާންކޮށްފައި އޮތުމުން، އެ އިޖުރާއަތުތަކަކީ ކޯޓުތަކުގެ ޤާނޫނުގެ 77 ވަނަ މާއްދާގައިވާ ޢާއްމު އުޞޫލުން އިސްތިސްނާވާ ޙާލަތެއްކަމަށް ބަލަންޖެހޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށެވެ.

35ބުނެވިދިޔަގޮތާ ޚިލާފަށް، ކޯޓުތަކުގެ ޤާނޫނުގެ 77 ވަނަ މާއްދާއަކީ ޢާއްމު އުޞލުކަމާއި، ގެވެށޫ އަނިޔގާ ޤާނޫނުގެ 2 ވަނަ މާއްދާގައިވާ މަޤުޞަދުތަކަށް ރިޢާޔަތް ކުރުމަކާނުލައި، ގެވެށި އަނިޔާގެ މައްސަލަތަކުގައި ޢަމަލުކުރާނަމަ، އެ ޤާނޫނުން ރައްކާތެރިކަން ލިބިދީފައިވާ ފަރާތްތަކަށް އެކަށީގެންވާ ގޮތެއްގައި އަދި ޤާނޫނު ތަޞައްވުރު ކުރާގޮތަށް ޙިމާޔަތް ނުލިބޭނެކަމަށެވެ. ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހުންގެ ތެރޭގައި ވަކީލަކު ހޯދުމުގެ ފުދުންތެރިކަން ނެތްމީހުނތިބްކަމާއި، އެ މީހުންގެ އިޖުތިމާޢީ ޙަޤީޤަތްތައް ބަލައިގަންނަން ޖެހޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށެވެ. އަދި ރައްކާތެރިކުރުމުގެ އަމުރެއް އިސްތިއުނާފު ކުރުމަކީވެސް މަދުންނޫނީ ނުވާނެކަމެއްކަމަށެވެ. ކަންމިހެން އޮތްއިރު، ކޯޓުތަކުގެ ޤާނޫނުގެ 77 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ރައްކާތެރިކުރުމުގެ އަމުރެއް އިސްތިއުނާފުކޮށް، އެ އިސްތިއުނާފީ ކޯޓަކުން އެ އަމުރު ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރުމުންމެނުވީ، ރައްކާތެރިކުރުމުގެ އަމުރެއް ތަންފީޒުކުރުން ފަސްނުކުރެވޭނެގޮތަށް މާނަކުރުމަކީ، އިޖުތިމާޢީ ޢަދާލަތު ގެއްލިގެންދާފަދަ މާނަކުރުމެއްކަމަށް އިސްތިއުނާފު ކުރާ ފަރާތުން ދެކޭކަމަށެވެ.

36މި މައްސަލައިގައި، ރައްކާތެރިކުރުމުގެ އަވަސް އަމުރު 1 ގައިވާ ކުއްޖާއާ ބައްދަލުކުރުމުގެބައި މުރާޖަޢާކުރަން ހުށަހަޅާފައިވުމުން، އެބަޔަށް ޢަމަލުކުރުން ފަސްކުރުމާ ގުޅޭގޮތުން އިސްތިއުނާފުކުރާ ފަރާތުނު ދަށުކޯޓުގައި ހުށަހެޅި ނުކުތާއަކީ، ގެވެށި އަނިޔގާ ޤާނޫނުގައި އެކަމާގުޅޭގޮތުން ވަކިގޮތެއް ބަޔާންކޮށްފައި ނުވާއިރު، އެ ނުކުތާއާ ގުޅޭގޮތުން ޢަމަލުކުރަންޖެހޭ އުޞޫލު މާނަކުރަންޖެހޭނީ މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 6 ވަނަ މާއްދާގައިވާ، މަޤޞަދަށު ބެލުމުގެ އުޞޫލަށް ރިޢާޔަތްކޮށްކަމަށެވެ. އަދި މި މައްސަލައިގައި ހިމެނެނީ ކުޑަކުއްޖެއްގެ މ ޞަ ލްޙތު ކަމަށްވާއިރު، އިސްތިއުނާފަ ކުރާ ފަރާތުން ދަށު ކޯޓުގައު އެދުނު ފަދައިން، ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)ގެ 8 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، އެކުއްޖާގެ މަޞްލަޙަތު ޙިމާޔަތްކުރުމަށްވެސ ކޯޓުން ރިޢާޔަތް ކުރައްވަން ޖެހޭނެކަމަށެވެ.

37ރައްކާތެރިކުރުމުގެ އަމުރުން ކުއްޖާއަށް ލިބިދީފައިވާ ރައްކާތެރިކަން، އެ އަމުރުގައިވާ މުޢާމަލާތް ނުވަތަ ބައްދަލުކުރުމުގެ ބައިގެ ސަބަބުން ގެއްލުމުގެ ފުރުޞަތު އޮންނައިރު، ގެވެށި އަނިޔގާ ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ(،)ނ) އަދި (ޅ)އަށް ބަލައި، ކުއްޖާ ރައްކާތެރިކޮށް ޙިމާޔަތްކުރުމުގެ މަޤުޞަދު ހާސިލުވާނީ، މުރާޖަޢާގެ މައްސަލަ ނިމެންދެން ކުއްޖާއާ ބައްދަލުކުރުމުގެބައި ތަންފީޒީ ކުރުނު ފަސްކުރެވިގެނކަމަށެވެ. ގެވެށި އަނިޔގާ ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ)، (ނ) އަދި (ޅ)އާއި، ކުޑަކުދިންގެ ޤާނޫނުގެ 8 ވަނަ މާއްދާއަށް ކޯޓުން ރިޢާޔަތް ކުރެއްވިނމަ، މައްސަލައިގައި ހިމެނޭ ކުޑަކުއްޖާ ރައްކާތެރިކުރުމާއި އެކުއްޖާގެ މަޞްލަޙަތަށް އިސްކަންދިނުމުގެ މަޤުޞަދު ނެގެހެއްޓުމަށްޓަކައި، އަވަސް އަމުރު 1 ގައި ބަޔާންކުރާ ކުއްޖާއާ ބައްދަލުކުރުމުގެބައ މުރާޖަޢާކުރި މައްސަލާ ނިމެންދެން، އިސްތިއުނާފު ރައްދުވާ ފަރާތާ ބައްދަލުކުރުމުގެ ތަންފީޒުކުރުން މަޑުޖައްސާލުމުގެ ނަތީޖާއަށް ކޯޓަށް ވާސިލުވވޭނެކަމަށް އިސްތިއުނާފުކުރެ ފަރާތުން ދެކޭކަމަށެވެ.

38އިސްތިއުނާފު ކޮށްފައިވާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 621/HMC/2023 ޤަޟިއްޔާއާއި، އިސްތިއުނާފުކުރާ ފަރާތުން އަމުރު މުރާޖަޢާކުރުމގުޅޭ އެ ކޯޓުގާ ނަންބަރު 627/HMC/2023 ޤަޟިއްޔާ ބެއްލެވުމަށް ހަމަޖެހިފައިވަނީ އެއްފަނޑިޔާރކަ ކަމަށެވެ. ކުއްޖާއާ ބައްދަލު ކުރުމުގެބއަ މުރާޖަޢާކުރަން ހުށަހަޅާފައިވަނީ، ރައްކާތެރިކުރުމުގެ އަވަސް އަމުރު 1ގައި މަނާކޮށްފައިވާ ޢަމަލުތައް އިސްތިއުނާފު ރައްދުވާ ފަރާތުގެ ފުށުން ކުރިމަތިވާންފަށައި، ކުއްޖާއަށް އެކަމުން ނުރަނގަޅު އަސަރުކުރާތީ، ކުއްޖާ ޙިމާޔަތް މީގެފަހުން "ކުޑަކުދިންގެ ޤާނޫނު"ކަމަށް ބުނެފައިވާ. ކުރަންޖެހޭކަމަށްދެކި، ކުއްޖާގެ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ކުއްޖާ ރައްކާތެރިކުރުމުގެ މަޤޞަދުގު އ ކަމަށެވެ . ކަންމިހެން އޮތްއިރު، އިސްތިއުނާފުކުރާ ފަރާތުން އަމުރު މުރާޖަޢާކުރުމަށް ހުށަހަޅާފައިވަނިކޮށް، އެ ބަޔަށް ގޮތެއްނުނިންމަވއަ، އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ޙުކުމް ތަންފީޒީ ކުރުމުގު މައްސަލައިން، މުރާޖަޢާކުރަން ހުށަހެޅުނުބައި ތަންފޒުކުރަނީ ހަމަ އެ ފަނޑިޔާރު ޙުކުމް ކުރެއްވުމަކީ، ގެވެށި އަނިޔާގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ،) (ނ) އަދި (ޅ)ގައި ބަޔާންކުރި ގެވެށި އަނިޔާގެ ޝިކާރައަކަށްވާމީހާ ރައްކާތެރިކުރުމާއި، އޭނާއަށް އިންޞާފު ހޯދައިދިނުމާއި، އޭނާ ރައްކާތެރިކުރުމަށް ޝަރީޢަތުންކުރ އަމުރާ ތަންފީޒީ ވާނެގޮތްހެދުމަށް އޮންނަ މަޤުޞަދު ނަފީވެގެންދިޔަ ނިންމެވުމެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށެވެ.

39އިސްތިއުނާފު ރައްދުވާ ފަރާތުން ދީފައިވާ ޖަވާބާ ގުޅިގެން އިތުރަށް ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައިއެވަނީއެވެ.

1.39. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 206/HMC/2023 ޤަޟިއްޔާ އިސްތިއުނާފު ކޮށްފައިނުވާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވާއިރު، އެގޮތުގެމަތިން ޢަމަލުކުރަން ޖެހޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ނުދެކޭކަމަށެވެ. ބުނެވިދިޔަ ޤަޟިއްޔާގެ އަމުރުގައިވާ ޙާލަތު ބަދަލުވެއްޖެނަމަ ކަންކުރަންޖެހޭގޮތަކީ، ގެވެށި އަނިޔާގެ ޤާނޫނުގެ 33 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އަމުރު މުރާޖަޢާ ކުރުމަށްއެދި މައްސަލަ ހުށަހެޅުންކަމަށވެ. ގެވެށި އަނިޔާގެ ޤާނޫނުގެ 45 ވަނަ މާއްދާއަށް ބަލާއިރު، ނިންމުމަކާމެދު ހިތްހަމަނުޖެހޭ ކަމުގައިވާނަމަ އިސްތިއުނާފު ކުރަންޖެހޭކަމަށް ބަޔާންކޮށްފައިވާކަމަށެވެ. މުރާޖަޢާކުރުމަށްއެދި ހުށަހަޅާފައިވާ މައްސަލައަކީ އިސްތިއުނާފު ކުރުމުގެ ނިޔަތުގައި ހުށަހަޅާފައިވާ މައްސަލައެއް ނޫންކަމަށް

2.39. އިސްތިއުނާފުކުރާ ފަރާތުން ދަށުކޯޓަށް ހުށަހަޅާފައިވާ މުރާޖަޢާ މައްސަލައިގައި، އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާކަމަށް ބުނެފައިވާއިރު، ގެވެށި އަނިޔާގެ ޤާނޫނުގައި ދެ ބާވަތެއްގެ ފަރުވާ ދީފައިވާކަމަށާއި، އަމުރާ ޚިލާފުވެއްޖެނަމަ، އެކަން ފުލުހުންނަށް ހުށަހެޅުމުން އެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ބެލޭނެކަމަށެވެ. ސަބަބަކީ، އެފަދަ އަމުރަކާ ޚިލާފުވުމަކީ ޖިނާއީ ކުށެއްކަމަށް ގެވެށި އަނިޔާގެ ޤާނޫނުގައި ބަޔާން ކޮށްފައިވާތީކަމަށް، އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. ދެވަނަ ބާވަތުގެ ފަރުވާއަކީ މަދަނީ ފަރުވކަމަށާއި، އެއީ އަމުރު މުރާޖަޢާކުރަން ހުށަހެޅުންކަމަށެވެ. ޖިނާއީ މައްސަލައެއް ހުށަހެޅިފައިވާކަމުގެ ލިޔުން ހުށަހަޅާ ސަބަބަކީ އެކަމުގެ މައްޗަށް ޝަރީޢަތުން ބަލައިގޮތެއް ނިންމުމަށްކަމަށެވެ. ކުޑަކުދިންނާމެދު ހިންގާ ގެވެށި އަނިޔާގެ މައްސަލަތަކުގައި ކުއްޖާގެ ބަހެއް ހޯދާކަމަށާއި، އެއީ ކޯޓަށް ހުށަހެޅިދާނެ ހެކިކަމަށް

3.39. އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ޤަޟިއްޔާއާއި މި ޤަޟިއްޔާ އެކުގައި ކުރިއަށް ގެންދިޔުމަށް އެދިފައިވާއިރު، ދަށުކޯޓުގައި ކުއްޖާ އިޚްތިޔާރުކުރާ ފަރާތެއް ކަނޑައެޅުމުގެ މައްސަލައެއް ކުރިއަށްދާކަމަށާއި، އެ މައްސަލައިގައި ތައްޔާރުކޮށްފައިވާ އެސެސްމަންޓު ރިޕޯޓުން ކުއްޖާއާމެދު އަމުރުގައިވާ ކަންކަން ކުއްޖާގެ ބައްޕަ ހިންގާކަން އެނގޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން މައްސަލަތައް ލަސްކުރުމަށް މަސައްކަތް ކުރަމުންދާކަމަށާއި، އިސްތިއުނާފީ މައްސަލައިގައިވެސް އިޖުރާއީ އިޢުތިރާޟެއް ހުށަހަޅައި، ޖަވާބުދިނުމަށްއޮތް ފުރުޞަތުގައި ޖަވާބުދާރީ ވެފައިނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. ބުނެވިދިޔަ އިޚްތިޔާރުގެ މައްސަލައިގައިވެސް އިޖުރާއީ އިޢުތިރާޟެއް ދިވެހިރާއްޖޭގެ ހައިކޯޓުގެ 03 ޖުލއަ 2024 ދުވަހުގެ ޝަރީޢަތުގެ މަހުޟަރު ބަޔާން، ޞަފުޙާ 4 އިން 6 އަށް. ހުށަހަޅައިގެން މައްސަލަ ލަސްކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން މަސައްކަތް ކުރަމުންދާކަމަށާއި، މިއީ އިސްތިއުނާފު ރައްދުވާ ފަރާތުން ގެންގުޅޭ "ޕެޓަރންއެއް"ކަމަށް

40މައްސަލައިގެ އަޑުއެހުމުގައި ފަނޑިޔާރުން ކޮށްފައިވާ ސުވާލާ ގުޅިގެން ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި އެވަނީއެވެ.

1.40. އިސްތިއުނާފު ރައްދުވާ ފަރާތާ ޝަރީޢަތުންކުރި ސުވާލުތަކާ ގުޅޭގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރާ ކަންކަމަށް ފުރުޞަތު އެރުވުނެވެ. އެގޮތުން، މަދަނީ އިޖުރާއަތު ޤާނޫނުގައި، އާއިލީ މައްސަލަތައް އެ އިޖުރާއަތުން ނުބެލޭނެކަމަށް ވަރަށް ތަފުސީލީ ގޮތެއްގައި ބަޔާންކޮށްފައީ ވާކަމަށެވެ. ގެވެށި އަނިޔާގެ މައްސަލަތކަށަ އާއިލީ އިޖުރާއަތާ އެޕްލައި ނުކުރެވޭނެ ސަބަބެއް އެބައޮތްކަމަށެވެ. ސަބަބަކީ، ގެވެށި އަނިޔާގެ ޤާނޫނުގެ 66 ވަނަ މާއްދާގައި، ކޯޓުތަކަށް ލާޒިމުކުރާ ކަންތައްތަކާ ބެހޭގޮތުން ގަވާއިދު ހެދުމަކީ ކޯޓުތަކުގެ ޒއިމާއއްކަމަށެ ބަޔާން ކޮށްފައވާތި ކަމަށެވެ. އެޒއިމާ އަދާކޮށްފައި ނެތުމަކީ، ޢާއްމުކޮށް ކަންކުރާގޮތަށް ޢަމަލުކުރުން ނޫންކަމަށެވެ. އެހެންކަމުން، ގަވާއިދެއް ހަދާފައިނުވާ ޙާލަތުގައި، ޤާނޫނުގެ މަޤުޞަދަށް ރިޢާޔަތްކޮށް ތަންފީޒުކުރަން ޖެހޭނެކަމަށާއި، ރައްކާތެރިކުރެވޭ މީހަކު، ރައްކާތެރި ނުކުރެވޭގޮތަށް ޤާނޫނު ތަންފީޒު ނުކުރެވޭނެކަމަށް އިސްތިއުނާފުކުރާ ފަރާތުން ޖަވާބު ދެއްވާފައިވެއެވެ.

2.40. ދަށު ކޯޓުގެ ނަންބަރު 762/HMC/2023 ޤަޟިއްޔާގެ ޙާލަތަކީ ކޮބައިތޯ ޝަރީޢަތުން ސުވާލުކުރުމުން، އެންމެފަހުން، 28 ޖޫންގައި ޝަރީޢަތުގެ އަޑުއެހުމެއް ތާވަލުކުރެވި، އެ އަޑުއެހުންވެސް ކަނެ ސަލް ކޮށްފައިވާކަމަށް ޖަވާބު ދެއްވާފައިވެއެވެ. މައްސަލަ ކުރިއަށްދޭތޯ ދިވެހިރާއްޖޭގެ ހައިކޯޓުގެ 10 ޖުލައި 2024 ދުވަހުގެ ޝަރީޢަތުގެ މަހުޟަރު ބަޔާން، ޞަފުޙާ 6 އިން 8 އަށް. ޝަރީޢަތުން އިތުރަށް ސުވާލުކުރުމުން، ޝަރީޢަތް ކުރިއަށްދާކަމަށް އިސްތިއުނާފުކުރާ ފަރާތުން

3.40. ބުނެވިދިޔަ ކަންކަމުގެ އިތުރުން، ގެވެށި އަނިޔާގެ ޤާނޫނުގެ 41 ވަނަ މާއްދާއާ ގުޅޭގޮތުން އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ކަންކަން ތަކުރާރުކޮށްފައިވެއެވެ.

4.40. ގެވެށި އަނިޔާގެ ޤާނޫނުގެ ދަށުން ހުށަހެޅޭ ކޮންމެ މައްސަލައެއްވެސް މާނަކުރަންޖެހޭނީ، މާނަކުރުމުގެ ހަމަތކުގަ ޤާނޫނުގެ 6 ވަނަ މާއްދާގައި ބުނާގޮތުގެ މަތިން، ހަމައެކަނި ޤާނޫނުގެ މަޤްޞަދަށް ބަލައިގެންތު ޝަރީޢަތުން ސުވާލުކުރުމުން، ޤާނޫނެއްގައި ވަކިގޮތަކަށް ބަޔާންކޮށްފައި އޮވެއްޖެނަމަ ޢަމަލުކުރަންވާނީ އެގޮތަކަށް ކަމަށާއި، ޤާނޫނުގައި ވަކިގޮތަކަށް ބަޔާންނުކުރާ ޙާލަތުގައި މާނަކުރުމުގެ ހަމަތަކުގައި ބަޔާންކުރާ މަޤުޞަދަށް ބެލުމުގެ އުޞޫލު އޮންނަކަމަށް ޖަވާބު ދެއްވާފައިވެއެވެ.

5.40. ދަށުކޯޓުން ނިންމި ނިންމު މުގައި، ކޮންޤާނޫނެއްގެ ކޮންމާއްދާއެއްގެ ކޮންޢިބާރާތެއްގެ ކޮންލފުޒެއް، ނޫނީ ކޮންޖުމްލައެއތޯ، މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 6 ވަނަ މާއްދާއާ ޚިލާފުވަނީ ނުވަތާ ތަޢާރޟަ ވަނު، ޝަރީޢަތުން ސުވާލުކުރުމުން، ގެވެށި އަނިޔާގެ ޤާނޫނުގައި، އަމުރު ތަންފީޒީ ކުރުމާބެހޭގޮތުން އެއްވެސް މާއްދާއެއް ނެތްކަމަށް ބަޔާންކުރުމަށްފަހު، އިސްތިއުނާފުކުރާ ފަރާތުގެ ހުށަހެޅުމުގައިވާ ކަންކަން ތަކުރާރުކޮށްފައިވެއެވެ.

އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް

41އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ތިރީގައިވާގޮތަށެވެ. "އިސްތިއުނާފްކުރާ ފަރާތުން އެދެނީ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 621/HMC/2023 ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 77 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޙުކުމް ތަންފީޛުކުރުން ފަސްކުރަންޖެހޭ ޙާލަތެއް ނެތް ކަމަށް ބަލައި، ތަންފީޛުކުރުމަށް އެދި ހުށަހަޅާފައިވާ ޙުކުމާ އެއްގޮތަށް ޢަމަލުކުރުމަށް އަމުރުކުރައްވާފައިވަނީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ޤާނޫނުގެ މަޤްޞަދަށް ބެލުމުގެ އުޞޫލާ ޚިލާފަށް ކަމަށް ކަނޑައަޅައި ދެއްވައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ނެރެދޭ ރައްކާތެރިކުރުމުގެ އަމުރު މުރާޖަޢާކުރާ ޙާލަތުގައި، އެ އަމުރުގެ ބައެއް، އެ އަމުރުން ރައްކާތެރިކުރާ ފަރާތް ޙިމާޔަތް/ރައްކާތެރި ކުރުމުގެ މަޤްޞަދުގައި ތަންފީޛުކުރުން ފަސްކުރުމުގެ ބާރު ކޯޓަށް ލިބިގެންވާކަމަށް ކަނޑައަޅައި ދެއްވައި، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 621/HMC/2023 ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމް ބާޠިލުކޮށްދެއްވުމަށެވެ. (ފޯމެޓް ބެއްލެވުމަށް)" އިސްތިއުނާފު ރައްދުވާފަރާތުން ދައްކާފައިވާ ވާހަކަ

42މި މައްސަލައާ ގުޅިގެން ބޭއްވުނު ޝަރީޢަތުގެ މަޖިލީހއާ، އިސްތިއުނާފު ނުކުތާތަކުގެ ޖަވާބއާ އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ ރައްދުގައި ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި

43ހުޅުމާލެ މެޖިސްޓްރޭޓް ކޯޓގު ނަންބަރު 621/HMC/2023 ޤޟިއްޔަ އިސްތިއުނާފު ކުރުމަށްއެދި ހުށަހަޅާފައިވާ ނުކުތާތަކަށް އިސްތިއުނާފު ރައްދުވާ ފަރާތނު އިންކާރުކުރާ ކަމަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަމުގައި ފާހަގކުރާކަމަށަ ބަޔާންކޮށްފައިވެއެވެ.

44އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ފުރަތަމަ ނުކުތާގައި ޤާނޫނީ ބަހުސެއް ނެތްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ދެކޭކަމަށާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާގެ ދަށުން ހުށަހެޅި އިސްތިއުނާފުކުރާ ފަރާތުގެ ޖަވާބުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ރަނގަޅުކަމަށް ބަޔާންކޮށްފައިވަނީ އޮޅުމުންކަމަށް ބެލެވެއެވެ. އަދި ރަނގަޅުގޮތަކީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުކަމަށް ބެލެވެއެވެ. އިޖުރާއީ އިޢުތިރާޟުގައި ހުށަހަޅާފައިވާ ގޮތުގެމަތ އިސްތިއުނާފީ ރައްދުވު ފަރާތުން ދެމިހުރިކަމަށް

45ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ 627/HMC/2023 ޤަޟިއްޔާއަކީ، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރު މުރާޖަޢާ ކުރުމަށްއެދި ހުށަހެޅި މައްސަލައެއްކަމަށެވެ. އެ މައްސަލައިގައި ހުށަހަޅާފައިހުރި ލިޔެކިޔުންތަކަށް ބަލާއިރު، އެ މައްސަލައަކީ އެއްވެސް ހެއްކަކާއެކު ހުށަހެޅިފައިއޮތް މައްސަލައެއް ނޫންކަމަށާއި، ހަމައެކަނި ދިވެހި ފުލުހުންގެ ޚިދުމަތަށް މައްސަލައެއް ރިޕޯޓުކޮށް އެ މައްސަލައިގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައެއްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ.

46އިސްތިއުނާފު ކޮށްފައިވާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 621/HMC/2023 ޤަޟިއްޔާގައި، ތަންފީޒު ކޮށްފައިވަނީ އެ ކޯޓުގެ ނަންބަރު 206/HMC/2023 ޤަޟިއްޔާގައި ކޮށްފައިވާ އަމުރުކަމަށެވެ. އެ އަމުރަކީ ކުއްޖާގެ މަޞްލަޙަތަށް ރިޢާޔަތްކޮށް ޝަރީޢަތުން ނިންމާފައިވާ ނިންމުމެއްކަމަށާއި، އެ ނިންމުން އާމިނަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓު ގައި އިސްތިއުނާފުކޮށްފައި ނުވާކަމަށެވެ.

47ގެވެށި އަނިޔާގެ ޤާނޫނުގެ މަޤުޞަދަށް ރިޢާޔަތްކޮށް، ޙުކުމް ތަންފީޒުކުރުން ފަސްކުރުމާ ގުޅޭގޮތުން އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާގައި ޤާނޫނީ ބަހުސެއް ނެތްކަމަށެވެ. ސަބަބަކީ، އެއްވެސް ހެއްކެއްނެތި ހުށަހެޅި ހުށަހެޅުމަކުން ކޯޓުން ކަނޑައަޅާފައިވާ ކަނޑައެޅުމެއް، އަދ މައުޟޫޢީގޮތުން މައްސަލައެއްބަލައ ކަނޑައަޅާފައިވި ކަނޑައެޅުމެއް ތަންފީޒުކުރުން ހުއްޓުވުމަކީ، ޤާނޫނުގެ މަޤުޞަދުކަމުގައި ނުވާތީކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ.

48އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދޭ ސަދަނ އެންޓަރޕްރައިސަސް މައްސަލައިގައި، ޙުކުމް ތަންފީޒުކުރުން މަޑުޖައްސާލަނީ ޣައިރު ޙާޟިރުގައިކުރާ ޙުކުމަކަށްވާތީ ކަމަށާއި، އެއީ ޤާނޫނުން ރިވިއުކުރުމުގެ ފުރުޞަތު ލިބިދީފައިވާ، އަދި އެ ޙުކުމަކީ މަދަނީ މިންގަނޑުން ހެކިތައް ވަޒަންކޮށް ނެރެފައިވާ ޙުކުމަކަށް ނުވާތީކަމަށެވެ.

49މީގެއިތުރުން، އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ، ޢާއިލީ އިޖުރާއަތުގައި ބަޔާންކޮށްފައިވާ ޙުކުމް ތަންފީޒުގެ އިޖުރާއަތު މި މައްސަލައަށް ތަޠުބީޤު ނުކުރެވޭނެ ކަމަށެވެ. އެހެންނަމަވެސް، ގެވެށި އަނިޔާގެ އަވަސް އަމުރެއް މުރާޖަޢާކޮށް ނިންމާ ނިންމުމެއްގައި، ކޯޓުން ކަނޑައަޅާ ކަނޑައެޅުމަކީ ތަންފީޒުކުރުމުގެ އިޖުރާއަތުގެ ތެރެއިން ތަންފީޒީ ކުރަންޖެހޭ ނިންމުމެއްކަމަށެވެ. ސަބަބަކީ، އެއީ ކޯޓުގެ ނިންމުމެއް ކަމުގައިވާތީކަމަށެވެ. ކޮންމެ ކޯޓެއްގެވެސް ނިންމުމެއް ތަންފީޒު ކުރަންޖެހެނީ ތަންފީޒީ އިޖުރާއަތުގެ ތެރެއިންކަމަށެވެ. އެއީ މައުޟޫޢީ މައްސަލައިގެ ބާވަތަށް ބިނާވާކަމެއް ނޫންކަމަށެވެ. މައްސަލައިގެ ބާވަތަކީ އެއިރުގައި ޙުކުމް ތަންފީޒު ކުރުންކަމަށެވެ. މިހެންކަމުން، މިކަމުގައި އިސްތިއުނާފުކުރާ ފަރާތުގެ ޤާނޫނީ ބހުސަ އ އޮތްކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ނުދެކޭކަމުގައެވެ.

50ގެވެށި އަނިޔާގެ ޤާނޫނުގައިވާ ރައްކާތެރިކުރުމުގެ އަމުރު ތަންފީޒު ކުރުމުގެ އިޖުރާއަތެއް، އެ ޤާނޫނުގައި ބަޔާންކޮށްފައި ނުވާކަމަށެވެ. ކޯޓުގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ ޢާއްމު އިޖުރާއަތު ބަޔާންކޮށްފައިވަނީ ކޯޓުތަކުގެ ޤާނޫނުގެ 77 ވަނަ މާއްދާގައިކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން ކޯޓުން ފަރުވާހޯދުމަށް އެދިފައިވަނީ ނެތްއިޖުރާއަތެއްގެ މައްޗަށްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ.

51އިސްތިއުނާފުކުރާ ފަރާތުން ރައްދުގައި ދައްކާފައިވާ ވާހަކަތަކާ ގުޅިގެން އިތުރަށް ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައިއެވަނީއެވެ.

1.51. އިސްތިއުނާފު ރައްދުވާ ފަރާތުގެ ޖަވާބު ފޯމުގައިވާ ވާހަކަތަކާއި މައްސަލައިގައި ކަންހިނގާފައިވާ ގޮތްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުންދެކޭގޮތ ތަކުރާރުކޮށް ތަފސުލުކޮށްފައިވެއެވެ.

2.51. އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާގޮތަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 621/HMC/2023 ޤަޟިއްޔާގެ ނިންމުން ބާޠިލުކުރި ނަމަވެސް، އެ ކޯޓުގެ ނަންބަރު 206/HMC/2023 ޤަޟިއްޔާގެ އަމުރު ދެމިއޮންނާނެކަމަށެވެ. އަދި އެ އަމުރާ އެއްގޮތަށް ޢަމަލުކުރަން ޖެހޭނެކަމަށެވެ.

52މައްސަލައިގެ އަޑުއެހުމުގައި ފަނޑިޔާރުން ކޮށްފައިވާ ސުވާލާ ގުޅިގެން ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި އެވަނީއެވެ.

1.52. އާއިލާ މައްސަލަތަކުގައި މަދަނީ އިޖުރާއަތުގެ ޤާނޫނު ބޭނުންކުރެވިދާނެތޯ ޝަރީޢަތުން ސުވާލުކުރުމުން، އާއިލީ މައްސަލަތަކުގއަ މަދަނީ އިޖުރާއަތުގެ ޤާނޫނު އެޕްލައި ނުވާނެކަން އެ ޤާނޫނަށް ބެލުމުން ފެންނަން އޮންނާނެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޖަވާބު

2.52. ޤާނޫނުގެ މަޤުޞަދަށް ބެލުމުގެ އުޞޫލު މި ޙާލަތުގައި ތަޠުބީޤު ނުކުރެވޭނެކަމަށް ވިދާޅުވާ މައިގަނޑު ސަބަބަކީ ކޮބައިތޯ ޝަރީޢަތުން ސުވާލުކުރުމުން، އެގޮތަށް ދެކެނީ އިސްތިއުނާފު ކޮށްފައިވާ ކޮންޓެކްސްޓަށް ބަލައިގެންކަމަށެވެ. ކޮންމެ ޤާނޫނެއްގެވެސް މަޤުޞަދަށް ބަލަންޖެހޭނެކަން ގ ބޫލުކުރާކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާގޮތަށް ބަލާއިރު، މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 6 ވަނަ މާއްދާއޮތީ އެގޮތަށްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ނުދެކޭކަމަށެވެ. ރައްކާތެރިކުރުމުގެ އަމުރުން ކުޑަކުއްޖާވެސް ރައްކާތެރި ކުރެވެންވާނެކަމަށާއި، މި މައްސަލައިގައި ކުއްޖާއަށް ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި ކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުންވެސް ކުއްޖާއަށް މިހާރު އުނިކަމެއް ނެތްކަން އިސްތިއުނާފުކުރާ ފަރާތުންވެސް ގަބޫލުކުރާކަމަށާއި، އެ އަމުރަކަށްވެސް ނުއެދޭކަމަށެވެ. މެޖިސްޓްރޭޓް ކޯޓާއި ހައިކޯޓުގައިވެސް އެފަދަ އަމުރަކަށް، ކުއްޖާ ރައްކާތެރިކުރުމުގެ އަމުރަކަށް، އެދިފައި ނުވާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޖަވާބު ދެއްވާފައިވެއެވެ. އެހެންވީމާ، އެ ކޮންޓެކްސްޓުގައިކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޖަވާބު ދެއްވާފައިވެއެވެ.

3.52. ގެވެށި އަނިޔާގެ މައްސަލަތައް ސިވިލް ކޯޓަށް ހުށަހެޅިދާނެތޯ ޝަރީޢަތުން ސުވާލުކުރުމުން، އެފަދަ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް އޮންނަނީ ފެމިލީ ކޯޓަށާއި، ފެމިލީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓުތަކަށްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޖަވާބު

4.52. މަދަނީ އިޖުރާއަތުގެ ޤާނޫނު، ގެވެށި އަނިޔާގެ މައްސަލަތަކަށް ހިނގާނެތޯ ޝަރީޢަތުން ސުވާލުކުރުމުން، ގެވެށި އަނިޔާގެ ޤާނޫނުގައި ވަކިޚާއްޞަ އިޖުރާއަތެއް ބަޔާންނުކުރާ ޙާލަތެއް އޮވެއްޖިއްޔާ ޢާއްމު އިޖުރާއަތަށް ދާންޖެހޭނެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޖަވާބު

5.52. ފެމިލީ ކޯޓުން ޢާއިލާ އިޖުރާއަތަށް ޢާއްމުކޮށް ޢަމަލުކުރައްވއިރު، އެ އިޖުރާއަތުގައި ނެތްކަމެއްގައި މަދަނީ އިޖުރާއަތަށްވެސ ޢަމަލް ކުރެވޭނެކަމަށް ގ ބޫލުކުރައްވަނީތޯ ޝަރީޢަތުން ސުވާލުކުރުމުން، ދެ ޤާނޫނު މަސްހުނިކޮށް ތަޠުބީޤުކުރާ ވާހަކަ ނޫންކަމަށް ޖަވާބު ދެއްވާފައިވެއެވެ. އަދި ކިހިނެތްތޯ ޝަރީޢަތުން އިތުރަށް ސުވާލުކުރުމުން، ފުރަތަމަ ބަލަންޖެހޭނީ ޚާއްޞަ ޤާނޫނަށްކަމަށާއި، އެއީ ގެވެށި އަނިޔާގެ ޤާނޫނުކަމގައު ވެ. އެ ޤާނޫނުގައި ވަކިއިޖުރާއަތެއް އޮވެއްޖިއްޔ އާ އިޖުރާއަތަކަށް ދާންޖެހޭނެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޖަވާބު ދެއްވާފައިވެއެވެ.

6.52. ގެވެށި އަނިޔާގެ މައްސަލައެއްގެ އެއްވެސް މަރުޙަލާއެއްގައި އެއްވެސް ސިފައެއްގައި މަދަނީ އިޖުރާއަތު ބޭނުން ކުރެވިދާނެތޯ ނުވަތަ ނޫންތޯ ޝަރީޢަތުން ސުވާލުކުރުމުން، ޢާއްމު އުޞޫލުން ބޭނުން ނުކުރެވޭނެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޖަވާބު ދެއްވާފައިވެއެވެ.

7.52. މިރާއްޖޭގައ ގެވެށި އަނިޔާގެ މައްސަލައެއް ފެމިލީ ކޯޓަށް ހުށަހެޅިއްޖނަމި ފެމިލީ ކޯޓުން ޢަމަލުކުރއަވާނ ޢާއިލީ އިޖުރާއަތަށއި، އަދި އޭގެއިތުރުން މަދަނީ އިޖުރާއަތުގެ ޤާނޫނާ، ދެޤާނޫނަށްވެސް ޢަމަލުކުރާނެތޯ ޝަރީޢަތުން ސުވާލުކުރުމުން، ފެމިލީ ކޯޓަށް ގެވެށި އަނިޔާގެ މައްސަލައެއް ހުށަހެޅިއްޖެ އްޔާ ފެމިލީ ކޯޓުން ރިޢާޔަތް ކުރަންޖެހޭނީ ގެވެށި އަނިޔގާ ޤާނޫނާއި، ދެން އޭގެއިތުރަށް ޢާއިލީ އިޖުރާއަތުގެ ޤާނޫނަށްކަމަށް ޖަވާބު ދއްވާފައިވެއެވެ.

8.52. އިސްތިއުނާފު މި ބިނާވަނީ އަދި މި ބަހުސް އުފެދިގެން މިއަންނަނީ ކޮންޤާނޫނެއްގެ ކޮންމާއްދާއެއް މާނަކުރި ގޮތަކުންތޯ ޝަރީޢަތުން ސުވާލުކުރުމުން، އިސްތިއުނާފީ ނުކުތާގެ ގޮތުގައި ޙަވާލާ ދެއްވާފައިއޮތީ ހަމައެކަނި މާނަކުރުމގު ހަމަތަކުގެ ޤާނޫނަށްކަމަށާއި، އެ ޤާނޫނުގެ 6 ވަނަ މާއްދާއއާ ކޯޓުތަކގު ޤާނޫނުގެ 77 ވަނަ މާއްދާއަށް ކަމަށާއި، ތަފުސީލުގައި، ގެވެށި އަނިޔާގެ ޤާނޫނުގެ 38 ވަނަ މާއްދާއާއި، 39 ވަނަ މާއްދާއާއި، 40 ވަނަ މާއްދއަށްވެސް ޙަވާލާދީފައާ ވާކަމަށާއި، އެއީ ވަކި ބާބެއްކަމަށެވެ. އަވަސް އަމުރާ ގުޅޭގޮތުން ކަނޑައެޅިފައިއޮތް އިޖުރއާ ތ ގުޅޭގޮތުން އޭގެދަށުންހުރި މާއްދާތއްކަމަށެވެ. އެހެންވީމާ، އެ މާއްދާތަކުގެ މަޤުޞަދު ގެއްލޭގޮތަށްކަމަށް އިސްތިއުނާފުކުރާ ފަރާތުން ވިދާޅުވާކަމަށެވެ. އަވަސް އަމުރާގުޅޭ ބާބުގެ ތެރޭގައި، އެ ޤާނޫނުގެ 41 ވަނަ މާއްދާގެ (ހ) އަދި (ނ) ހިމެނޭކަމަށެވެ. އެހެންވީމާ އެގޮތަށް ޤާނޫނު ކިޔަންޖެހޭނެއޭ އިސްތިއުނާފު ރައްދުވާ ފަރާތުގެ ނުކުތާއަކީ، ހަމަ އެކުއެކީގައޭ މުޅި ހުރިހާ މާއްދާއަކުން ނުކުންނަ ނަތީޖާއަށް މުޅި ޤާނޫނުގައި ޙިމާޔަތް ކޮށްދޭންހުރި ދެފަރާތުގެ މަޞްލަޙަތަށް ބަލައިގެންކަމަށް ޖަވާބު ދެއްވާފައިވެއެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް

53އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ ތިރީގައިވާގޮތަށެވެ. "މ އިސްތިއުނާފި ޖަވާބު ފޯމުގައި ހުރި ކަންކަމަށް ރިޢާޔަތްކުރާއިރު، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 621/HMC/2023 ޤަޟިއްޔާގެ ނިންމުން ގޯސްވާ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ސަބަބެއް އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިނުވާތީ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 621/HMC/2023 ޤަޟިއްޔާގައި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ރަނގަޅުކަމުގައި ދެކެމެވެ. އަދި އެފަދައިން ކަނޑައަޅައިދިނުން އެދެމެވެ." ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް

54HN7މި މައްސަލައިގައި ދެފަރާތުގެ ހުށަހެޅުންތަކަށް ބަލާއިރު، ޚިލާފެއްނެތްކަމަށް ބެލެވޭކަންކަން ތިރީގައި

1.54. ގެވެށި އަނިޔާގެ ޤާނޫނަކީ ޚާއްޞަ ޤާނޫނެއްކަން.

2.54. ގެވެށި އަނިޔާގެ ޤާނޫނަކީ މައުޟޫޢީ ކަންކަމާއި އިޖުރާއީ ކަންކަން ބަޔާންކޮށްފައިވާ ޤާނޫނެއްކަން.

55އިސްތިއުނާފުކުރާ ފަރާތުގެ ހުށަހެޅުމުގެ ކުރުޚުލާޞާއަކީ، ދަށުކޯޓުން މައްސަލަ ނިންމަވާފައިވަނީ ގެވެށި އަނިޔާގެ ޤާނޫނުގެ މަޤުޞަދު ހާސިލުނުވާ ތަރުޖަމާއެއްގެ މައްޗަށް ބިނާކޮށްކަމަށްވާތީ، އެ ނިންމެވުން ނުރަނގަޅުކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުގެ ޖަވާބުގެ ޚުލާޞާއަކީ، ދަށުކޯޓގު ނިންމެވުން ގޯސްވާގޮތެއް އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިނުވާތީ، އިސްތިއުނާފީ މައްސަލައިގައި ޤާނޫނީ ބަހުސެއް ނެތްކަމަށާއި، ދަށުކޯޓުގެ ނިންމުން ރަނގަޅުކަމަށެވެ.

56މި މައްސަލައިގައި ޝަރީޢަތުގެ ކުރިމަތީގައިއޮތް ސުވާލަކީ، ގެވެށި އަނިޔާގެ ޤާނޫނުން ރައްކާތެރިކުރުމުގެ އަމުރެއް ކޯޓުން ނެރެފައިވަނިކޮށް، ކޯޓުތަކުގެ ޤާނޫނުގެ 77 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ޙުކުމް ތަންފީޒުކުރުން ފަސްކުރަންޖެހޭ ޙާލަތެއް ނެތްކަމަށް ބައްލަވައި، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 206/HMC/2023 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ޢަމަލުކުރުމަށް އަމުރު ކުރައްވާފައިވަނީ މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 6 ވަނަ މާއްދާގައިވާ މަޤުޞަދަށް ބެލުމުގެ އުޞޫލާ ޚިލާފަށްތޯއެވެ. މި މައްސަލައިގައިވާ ސުވާލާ ގުޅުންހުރި ޤާނޫނީ އުޞޫލުތައް ތިރީގައި ބަޔާންކުރަމެވެ.

57HN1ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ގެ މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (2016/SC-A/23) ޤަޟިއްޔާގައި، ޤާނޫނު މާނަކުރަންވާގޮތް، ޤާނޫނުގެ ޞަރީޙަ ޢިބާރާތުން ބަޔާންކޮށްފައި އޮންނަގޮތ ޚިލާފަށާ ދައުލަތުގެ ކަމާބެހޭ އެއްވެސް އިދާރާއަކަށް މާނަ ނުކުރެވޭނެކަމަށް ކަނޑައަޅުއްވާފައިވެއެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދައުލަތް (މިނިސްޓްރީ އޮފް ޓުއަރިޒަމް) ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (2020/SC-A/46) (މީގެފަހުން "އަތަމާ މެރިން މައްސަލަ"ކަމަށް ބުނެފައިވާ) ޤޟިއަ ޔްގައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާއި ޤާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތައް މާނަކުރުމަށް، މާނަކުރުމުގެ ހަމަތަކުގެ ޤާނޫނގައު ބަޔާންކޮށްފައިވާ ކޮންމެ ހަމައެއް ޚިޔާރުކުރިނަމަވެސް، ޔަޤީންވާ އެއްކަމަކީ މަސައްކަތްފަށަންޖެހޭ ހިސާބަކީ ޤާނޫނުގެ އިބާރާތާއި އޮނިގަނޑުން ކަމަށްވެފައި، ކޯޓުން މާނަކުރަންޖެހޭ މާއްދާ ނުވަތަ އިބާރާތްހިމެނޭ ޤާނޫނު ކިޔަންވާނީ އެއްރޮއްޖަކުން ވިޔެފައިވާ އެކަތިގަނޑެއްގެ ގޮތުގައިކަމަށާއި، ޤާނޫނުގައި ހިމެނޭ ވަކިވަކިބައިތައް ކޯޓުންކިޔައި މާނަކުރަންވާނީ މުޅިޤާނޫނުގެ ވަށައިގެންވާ ސިޔާސަތާއި މަޤުޞަދުގެ ފުޅާއިމުގެ ތެރެއިންކަމަށް ކަނޑައަޅއްވު ފައިވެއެވެ.

58HN2މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގައި، ޤާނޫނު މާނަކުރުމުގައި ޤާނޫނުގެ ބޭރުން ބޭނުންހިފިދާނ ވަޞީލަތްތަކުގެ ތެރޭގައި، އެ ޤާނޫނެއް ނުވަތަ އެ ޤާނޫނުގެ އެ މާއްދާއެއް އެކުލަވާލެވުނު ސަބަބާއި، އިތުބާރުހުރި ރަދީފެއްގައި އެ ބަހެއް ބޭނުންކޮށްފައިވާގޮތއި، އެ މައުޟޫޢުއަކާގުޅޭ ގޮތުން ލިޔެ، ޝާއިޢުކޮށްފައިވާ އެކިއެކި އިތުބާރުހުރި ޢިލްމީ މަސައްކަތާއި، ޢާއްމުކޮށް ޢަމަލުކުރެވެމުންދާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/23 ޤަޟއްޔާގި ނުކުތާ 73. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/46 ޤަޟިއްޔާގެ ނުކުތާ 16. މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ). މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ނ). އޞުލ ނުވަތު އެ ބަސް ބަލައިގަނެވި އެއަށް ޢަމަލު ކުރެވެމުންދާގޮތއި، މާނަކުރަންޖެހިފައިވާ މާއްދާއާގުޅޭ ނުވަތަ މައުޟޢުއޫގުޅޭ ބަހެއް، އެހެން ޤާނޫނެއްގައި ބޭނުންކުރެވިފައިވާ ތަނަކާއި ގޮތާއި، ޤާނޫނެއް އެކުލަވާލުމުގައި ޝާއިޢުކޮށްފައިވާ ރަސްމީ ރިޕޯޓުތަކާއި ދިރާސާތަކާއި، ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކާއި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ކުރެވިފައިވާ ބަހުސްތަކާއި ކޮމިޓީތަކުގައި ކުރެވިފައިވާ ދިރާސާތަކުގެ ޔައުމިއްޔާތައް ހިމެނޭކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން، މި ޙާލަތުގައި ޤާނޫނުގެ ބޭރުން ބޭނުންކުރެވިދާނެ އެއްވަޞީލަތަކީ، ގެވެށި އަނިޔާގެ ޤާނޫނުގެ 52 ވަނަ މާއްދާއިން އުފައްދާފައިވާ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓއިނީ ޝާއިޢުކޮށްފައިވާ "ޤާނޫނު ނަންބަރު 2012/3 ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ކޮމެންޓަރީ"ކަމަށް ދެކެމެވެ.

59ގެވެށި އަނިޔާގެ ޤާނޫނުގެ 1 ވަނަ މާއްދާގައި، އެ ޤާނޫނަކީ ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމާއި މާނަކުރުމާއި، އެފަދަ ޢަމަލުތައް ހިންގާ މީހުންނާމެދު ފިޔަވަޅު އެޅުމުގެ އުޞޫލުތައް ކަނޑައެޅުމާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން ރައްކާތެރި ކޮށްދިނުމާއި، އެހީތެރިވެދިނުމުގެ އުޞޫލުތައް ކަނޑައެޅުމާއި، ކަމާގުޅޭ ދައުލަތުގެ މުއައްސަސާތަކުގެ ދައުރު ކަނޑައެޅުމުގެ އިތުރުން، މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރެވޭނެގޮތްތައް ކަނޑައެޅުމުގެ ޤާނޫނެއްކަމަށް ބުނެފައިވެއެވެ.

60ގެވެށި އަނިޔާގެ ޤާނޫނުގެ 1 ވަނަ މާއްދާއާ ގުޅޭގޮތުން އެ ޤާނޫނުގެ ކޮމެންޓަރީގައި، ޤާނޫނުގެ މަޤުޞަދު ހާސިލު ކުރުމަށްޓަކައި އިދާރީ ގޮތުންނާއި ކޯޓު މަރުޙަލާގެ ތެރެއިން ޖިނާއީ ކުށަކަށް ނުވާގޮތަށް ގެވެށި މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ރ). މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ބ). މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ޅ). މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ކ). މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (އ). "ޤާނޫނު ނަންބަރު 2012/3 ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ކޮމެންޓަރީ"، ފެމިލީ ޕްރޮޓެކްޝަން އޮތޯރި ޓީ، >commentary-https://fpa.gov.mv/dv/publications/dvpa< 28 އޭޕްރީލް 2026 ދުވަހު އެކްސެސްކޮށްފައި. އަނިޔާގެ ޢަމަލުތައް ހިންގާ މީހުންނާމެދު ފިޔަވަޅު އެޅުމަކީ ޤާނޫނުގެ މަޤުޞަދުކަމަށް ބުނެފައިވެއެވެ. އޭގެއިތުރުން، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރެއް ކޯޓުން ނެރެފައި އޮއްވާ، އެ އަމުރާ އެއްގޮތަށް ޢަމަލުނުކުރާ މީހުން ހައްޔަރު ކުރުމުގެބާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޤާނޫނުން ލިބިދީފައި ވާކަމަށާއި، ޤާނޫނުގެ ދަށުންނެރޭ ރައްކާތެރިކުރުމުގެ އަމުރުތަކާ ޚިލާފުވާ ފަރާތްތަކާމެދު ޖިނާއީ ފިޔަވަޅާ އެޅޭނެގޮތާއި އުޞޫލުތައް، ޤާނޫނުގައި ކަނޑައަޅާފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މި މާއްދާއާ ގުޅުވައި، ގެވެށި އަނިޔާގެ ޤާނޫނުގައި ރައްކާތެރިކުރުމުގެ އަމުރުތައް ނެރެވޭނެ ގޮތްތަކާއި އުޞޫލުތައް ބަޔާންކުރުމުގެ އިތުރުން، ގެވެށި އަނިޔާގެ ޢަމަލުގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ތެރެއިން ފުދުންތެރިކަން ނެތްމީހަކ ޤާނޫނު ވަކީލެއްގެ އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި، އެފަދަ އެހީތެރިކަން ދައުލަތުގެ ފަރާތުން ލިބިދިނުން ލާޒިމުކުރާ މާއްދާއެއްވެސް ޤާނޫނުގައިވާކަމަށް ކޮމެންޓަރީގައި ބަޔާންކޮށްފައިވެއެވެ.

61ގެވެށި އަނިޔާގެ ޤާނޫނުގެ 2 ވަނަ މާއްދާގައި، އެ ޤާނޫނުގެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި ތިރީގައިވާ ކަންކަން ހިމެނޭކަމަށް ބަޔާންކޮށްފައިވެއެވެ.

1.61. ގެވެށި އަނިޔާގެ ހަމަކޮންމެ ޢަމަލަކީ، ކޮންމެ ޙާލަތެއްގައި، ކޮންމެ ގޮތަކަށް، ކޮންމެ ފެންވަރެއްގެ ބައެއްގެ މެދުގައި ހިނގިނަމަވެސް، ކަނޑައެޅިގެ ނ ޤާނޫން ޚިލާފު ޢަމަލެއްކަން ކަނޑައެޅުން.

2.61. ގެވެށި އަނިޔާގެ ޢަމަލެއް ހިނގައިފި ޙާލަތެއްގައި، އެ ޢަމަލުގެ ޝިކާރައަކަށްވީ މީހާއަށް އެކަށީގެންވާ ރައްކާތެރިކަމާއި ޙިމާޔަތް ލިބިދިނުން.

3.61. ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހާއަށް އެންމެ ޚަރަދުކުޑަކޮށް، އެންމެ އަވަހަށް، އަދި އޭނާއަށް އެންމެ ލުއިފަސޭހަ މަރުޙަލާއެއްގެ ތެރެއިން އިންޞާފު ހޯދައިދިނުން.

4.61. ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމުގެގޮތުން، ޝަރީޢަތުންކުރާ އަމުރުތަކާއި، ޤާނޫނީ ބާރުލިބިގެން ދައުލަތުގެ އެހެން މުއައްސަސާތަކުން ކުރާއަމުރުތައް ތަންފީޒީ ކުރެވޭނެގޮތް ހެދުން.

5.61. ގެވެށި އަނިޔާގެ ޢަމަލު ހިންގާ މީހުންނަށް، އެ ޤާނޫނުގެ ދަށުންނާއި ޖިނާއީ ޤާނޫނުތަކުގެ ދަށުން އުފުލަންޖެހޭ ޖިނާއީ ޤާނޫނީ ނަތީޖާ އުފުލުމުގެ އިތުރުން، ގެވެށި އަނިޔާގެ ޢަމަލާ ގުޅޭގޮތުން އެމީހުން އުފުލންޖެހޭނަ މަދަނީ ޒއިމާތައް ތަޢާރުފުކޮށްދީ، އެ ޒއިމާތައް ވަކިޤާނޫނެއްގައި ތަރުތީބު ކޮށްދިނުން.

6.61. ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމާ ގުޅޭގޮތުން އެކުލަވާލެވިފައިވާ ބައިނަލްއަޤވާމް މިންގަނޑުތަކަށް ރާއްޖެ ހިޖުރަކޮށް، އެ މިންގަނޑުތަކާ އެއްހަމައެއްގައި، ކަމާގުޅޭ ޢަދުލުގެ އުޞޫލުތައް ބައްޓަންކޮށް، ތަންފީޒީ ކުރުން.

62ގެވެށި އަނިޔާގެ ޤާނޫނުގެ 2 ވަނަ މާއްދާގެ ބޭނުންތަކުގެ ތެރޭގައި، ޤާނޫނުން ގެވެށި އަނިޔާގެ ޢަމަލު ހުއްޓުވުމާއި ޢަމަލު މާނަކުރުމަށް ޤާނޫނީ ނިޒާމެއް އުފެދިގެންދާއިރު، ޤާނޫނު ފުރިހަމައަށް ތަންފީޒުކުރުމުގެ އެއްވަޞީލަތަކީ ޤާނޫނުގައިވާ އަމުރުތައް ތަންފީޒުވާނެ ނިޒާމެއް ޤާއިމުވުންކަމަށާއި، އެގޮތުން ކޯޓުންނެރޭ ރައްކާތެރިކުރުމުގެ އަމުރުތައް ތަންފީޒުކުރުމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޒިއްމާއެއްކަމަށް، އެ ގެވެށި އަނިޔާގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ބ.) ގެވެށި އަނިޔާގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ވ.) ގެވެށި އަނިޔާގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (މ). މާއްދާގެ ކޮމެންޓަރީގައި ބުނެފައިވެއެވެ. މީގެއިތުރުން، ޖިނާއީ އަދި މަދަނީ ފިޔަވަޅުތައް އެއްވަގުތެއްގައި އަޅަންޖެހިއްޖެ ޙާލަތެއްގައި ޢަމަލުކުރާނެގޮތް ގެވެށި އަނިޔާގެ ޤާނޫނުގައި ތަރުތީބު ކޮށްފައިވާކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އަދި ގެވެށި އަނިޔާގެ ޤާނޫނުގެ 2 ވަނަ މާއްދާގައި ޤާނޫނުގެ މަޤުޞަދުގެ ވާހަކަ ލިޔުމުގެ ބޭނުމަކީ، މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 6 ވަނަ މާއްދާގައި، ރައްޔިތުންގެ މަޖިލީހުން ޤާނޫނުން ހާސިލުކުރަން ބޭނުންވާ މަޤުޞަދު ހާސިލުވާނެގޮތަށް އަދި އެ މަޤުޞަދުތައް ނެގެހެއްޓޭނެ ފަދައިން ޤާނޫނުގެ ރޫހާއެއްގޮތަށ ޤާނޫން ތަންފީޒުކުރުމުގެ ބޭނުމަށްކަމަށް، ޤާނޫނުގެ ކޮމެންޓަރީގައި ބުނެފައިވެއެވެ.

63ބުނެވިދިޔަ މާއްދާއަށް ބެލުމުން، ގެވެށި އަނިޔާގެ ޤާނޫނަކީ، ގެވެށި އަނިޔާގެ މައްސަލަތަކުގެ މައުޟޫޢީ ކަންކަމުގެ އިތުރުން، އިޖުރާއީ ކަންކަންވެސް ބަޔާންކުރާ ޤާނޫނެއްކަމާއި، ގެވެށި އަނިޔާގެ ޚާއްޞަ ޠަބިއްޔަތަށް ރިޢާޔަތްކޮށް، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ރައްކާތެރިކަމާއި އިންޞާފު ލިބިދިނުމުގައި އަވަސް އަދި ފަސޭހަ، މަދަނީ އަދި ޖިނާއީ އުޞޫލުތައް ބަޔާންކުރާ ޤާނޫނެއްކަން އެނގެއެވެ. މީގެއިތުރުން، އެ އުޞޫލުތަކަށް ޢަމަލުކުރުމުގައި، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ޢަދުލުގެ އުޞޫލުތައް ބައްޓަންކުރަން މަސައްކަތްކުރުމުގެ ޒިއްމާއެއް އުފަންކޮށްފައިވާކަން ސާފުވެއެވެ. މި މާއްދާއާ ގުޅުވައި، ދިވެހިރާއްޖެ ބައިވެރިވެފައިވާ މުޢާހަދާތަކުން ލާޒިމުކުރާކަންކަނ ދައުލަތުން ތަންފީޒް ކުރުމުގެ ވަޞީލަތަކަށްވުމ ޤާނޫނުގީ މަޤުޞަދުކަމަށް، ޤާނޫނުގެ ކޮމެންޓަރީގައި ބަޔާންކޮށްފައިވެއެވެ.

64ގެވެށި އަނިޔާގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ)ގައި، "ގެވެށި އަނިޔާގެ ޢަމަލު"ކަމަށް، އެ ޤާނޫނުގެ މަޤޞަދަށްޓަކައު ބުނެފައިއެވަނީ، ގެވެށި ގުޅުމަކުން ގުޅިގެންވާ މީހުންގެ ތެރެއިން އެކަކު، އެ ގުޅުމުގައި ހިމެނޭ އަނެކާގެ މައްޗަށް، ނުވަތަ އަނެކުންގެ މައްޗަށް ކުރިކަމަކުން، ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާގެ ރައްކާތެރިކަމަށް ނުވަތަ ޞިއްޙަތަށް ނުވަތަ ދުޅަހެޔޮ ދިރިއުޅުމަށް ގެއްލުމެއް ލިބޭފަދަ ނުވަތަ އެފަދަ ގެއްލުމެއް ލިބިދާނެކަމުގެ ބިރު އިޙުސާސްވާފަދަ، ޢަމަލެއް ހިންގުންކަމަށް ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ އަކުރުތަކުގައި، އެފަދަ ޢަމަލުތަކުގެ ތަފުސީލު ބަޔާންކޮށްފައިވެއެވެ. އަދި އެ ޤާނޫނުގެ ބޭނުމަށްޓަކައި، އަނިޔާގެ ޢަމަލު މާނަކުރުމުގައި، އަނިޔާގެ ވަކި އެއްޢަމަލު، އެއީވެސް އަނިޔާގެ ޢަމަލެއްކަމުގައި ބެލވިދާނެކަމެ ށ ނުވަތަ، ވަކި މުއްދަތެއްގައި ވަކި ބައްޓަމަކަށް ކުރެވެމުންގޮސްފައިވާ ޢަމަލުތަކަކަށް އެކުގައި ބަލާލުމުން، އެ ޢަމަލުތަކުން ޖުމްލގޮތެއްގައަ އަނިޔާގެ ސިފަ ފެންނަކަމަށްވާނަމަ، އެ ހުރިހާ ޢަމަލުތަކެއް އެކުގައި އެއީ އަނިޔާގެ އެއްޢަމަލު ކަމުގައިވެސް ބެލެވިދާނެ ކަމަށް ބުނެފައިވެއެވެ.

65ގެވެށި އަނިޔާގެ ޤާނޫނުގެ 5 ވަނަ މާއްދާގައި، "ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާ"ކަމަށް ބުނެފައިއެވަނީ، ގެވެށި ގުޅުމަކުން ގުޅިގެންވާ މީހުންގެ ތެރެއިން އެކަކު، އެ ގުޅުމުގައި ހިމެނޭ އަނެކާގެ މައްޗަށް ނުވަތަ އަނެކާގެ ބެލުމުގެދަށުގައިހުރި ކުއްޖެއްގެ މައްޗަށް ގެވެށި އަނިޔާގެ ޢަމަލެއް ހިންގަމުންދާ، ނުވަތަ ހިންގާފައިވާ، ނުވަތަ އެފަދަ ޢަމަލެއް ހިންގައިފިކަމަށް ޝައްކުކުރެވޭ ޙާލަތްތަކުގައި، އެ ގެވެށި އަނިޔާގެ ޝިކާރައަކަށްވާމީހ ނުވަތާ މީހުންނަށްކަމަށް ބުނެފައިވެއެވެ.

66ގެވެށި އަނިޔާގެ ޤާނޫނުގެ 6 ވަނަ މާއްދާގައި، ގެވެށި އަނިޔާގެ ޢަމަލެއްކަމުގައި ބަޔާންކޮށްފައިވާ ޢަމަލަކީ، އެ ޤާނޫނުގެ ދަށުން ފިޔަވަޅުއެޅޭނެ، އަދި އެ ޤާނޫނުގެ އުޞޫލުތައް ހިނގާނެ، މަދަނީ ޒިއްމާ އުފުލަންޖެހޭ ޙާލަތްތަކުގައި މަދަނީ ޒިއްމާ އުފުލުމާއެކު، އެ ޢަމަލަކީ ޖިނާއީ ކުށެއްކަމަށްވާނަމަ ޖިނާއީ ކުށުގެ ދަޢުވާ އުފުލޭނެ ކަނކަންކަމަށް ބުނެފައިވެއެވެ.

67ގެވެށި އަނިޔާގެ ޢަމަލެއްކަމުގައި އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޢަމަލަކަށް، ޖިނާއީ ކުށުގެ ޢަމަލެއްކަމުގައި ކަނޑައަޅާފައިވާ އެހެން ޤާނޫނެއްގެ ދަށުން އެ ކުށުގެ ޢަމަލަށް ލިބެންޖެހޭ ޖިނާއީ އަދަބު ލިބުމަކީ، އެ ޤާނޫނުގެދަށުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށްއޮތް ހުރަހެއްނޫން ކަމަށާއި، ގެވެށި އަނިޔާގެ ޢަމަލަކަށް، ޖިނާއީ އެހެން ޤާނޫނެއްގެ ދަށުން އެ ކުށަށް ދޭންޖެހޭ އަދަބެއް ދިންކަމުގައިވީނަމަވެސް، އެ ކުށުގެ ޢަމަލުކޮށްފައިވާ މީހާއާއި އެ ކުށުގެ ޢަމަލުގެ ޝިކާރައަކަށްވީ މީހާއަކީ، ގެވެށި ގުޅުމަކުން ގުޅިފައިވާ ދެމީހުންކަމުގައިވާނަމަ، ޖިނާއީ ކުށަކާ ގުޅިގެން ދަޢުވާކުރުމާއި އަދަބުދިނުމުގެ އިތުރުން، ގެވެށި އަނިޔާގެ ޤާނޫނުގައވި ފިޔަވަޅުތައްވެސް، އެ ކުށުގެ ޢަމަލު ހިންގި މީހއާއާ ޝިކާރައަކަށްވި މީހާއާމެދު، އެ ޤާނޫނުގައިވާ ގޮތުގެމަތިން އަޅަންވާނެކަމަށާއި، އެ ކުށުގެ ޢަމަލު ހިންގި މީހާއާމެދުގައާއި ކުށުގެ ޢަމަލުގެ ޝިކާރައަކަށްވީ މީހާއާމެދުގައި އެ ޤާނޫނުގައި ބަޔާންވެގެންވާ އޞުލުތައ ފުރިހަމައަށް ހިނގާނެކަމަށް

68ގެވެށި އަނިޔާގެ ޤާނޫނުގެ 4، 5، 6 އަދި 7 ވަނަ މާއްދާއަށް ޖުމްލަކޮށް ރިޢާޔަތްކުރުމުން، ގެވެށި އަނިޔާގެ ޢަމަލެއް ހިނގަމުންދާ އަދި ހިނގާފާނެ ނުވަތަ ފާއިތުވިތަނުގައި ކަންހިނގާފައިވާ މަގަށްބަލައި، ހިންގަފާނެކަމަށް ބެލެވޭފަދަ ޢަމަލު ނުވަތަ ޢަމަލުތަކުން، ގެވެށި ގުޅުމުގައިވާ ހާދިސާގައި އަނިޔާލިބޭ ނުވަތަ ލިބިދާނެ މީހަކު ރައްކާތެރކުރުނި ޤާނޫން ތަޞައްވުރު ކުރާކަމަށް ބަލަންޖެހެއެވެ. ގެވެށި އަނިޔާ ލިބޭމހުންގީ ތެރޭގައި، ޤާނޫނުގައި ބުނާފަދަ އަނިޔާ ސީދާގޮތެއްގައި ލިބޭމީހެއ ނުވަތް ކުއްޖެއްގެ އިތުރުން، އެހެންމީހަކާ ނުވަތަ ކުއްޖަކާމެދު ހިންގާ ޢަމަލެއްގެ ސަބަބުން ނުސީދާގޮތަކަށް ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތައވްސް ހިމެނޭކަމަށް ޤާނޫނުގެ ކޮމެންޓަރީގައި ބުނެފައިވެއެވެ. އަދި މި ޙާލަތުގައި، ޤާނޫނު ތަންފީކުރުމުގައި، ދިވެހިރާއްޖޭގެ މަދަނީ ނިޒާމާއި ޖިނާއީ ޢަދުލުގެ ނިޒާމުގެތެރެއިން އެކުއެކީގައި ހައްލު ހޯދިދާނެކަނވެސް އެނގެއެވެ.

69ގެވެށި އަނިޔާގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ)ގައި، ރައްކާތެރިކުރުމުގެ އަމުރަކީ، ގެވެށި އަނިޔާގެ ޢަމަލެއް ހިނގާހިނދު، އެ ޢަމަލުގެ ޝިކާރައަކަށްވާ މީހާ، އެފަދަ ޢަމަލެއް ތަކުރާރުވުމުން ރައްކާތެރިކުރުމުގެ ނިޔަތުގައި، އެ ޢަމަލު ހިންގާ މީހާއަށް ވަކިކަންތައްތަކެއ ކުރުމަށް ނުވަތަ ވަކިކަންތައްތަކެއ ނުކުރުމަށް އަންގައި، ކޯޓުންކުރ ޤާނޫނާ އަމުރެއްކަމަށް ބުނެފައިވެއެވެ. އަދި އެ މާއްދާގެ

(ށ)ގައި، ގެވެށި އަނިޔާގެ ޢަމަލެއް ހިނގާފާނެކަމުގެ ބިރު އުފެދިފައިވާކަމަށް ކޯޓަށް ގ ބޫލުކުރެވޭހިނދު، އެފަދަ ޢަމަލެއް ހިނގިޔަ ނުދިނުމަށްޓަކައި، ނުވަތަ އެފަދަ ޢަމަލަކުން މީހަކު ރައްކާތެރިކުރުމުގެ ނިޔަތުގައިވެސް، ރައްކާތެރިކުރުމުގެ އަމުރެއް ކޯޓަށް ކުރެވިދާނެކަމަށް ބުނެފައިވާއިރު، އެ މާއްދާގެ

(ނ)ގައި، ރައްކާތެރިކުރުމގ އަމުރެއްގެ އެންމެއަސާސީ އެއްމަޤުޞަދަކީ، ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާމީހ ނުވަތާ ޝިކާރައަކަށް ވެދާނެކަމަށް ބެލެވޭމީހާގެ ޖިސްމާނީ ރައްކާތެރިކަމާއި، ނަފު ސާނީ ރައްކާތެރިކަމާއި، ޞިއްޙަތުގެ ދުޅަހެޔޮކަމާއި، އޭނާގެ ޙައްޤުތަކުގެ ރައްކާތެރިކަން ދަމަހައްޓައިދިނު ންކަމަށް

70ގެވެށި އަނިޔާގެ ޤާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ރައްކާތެރިކުރުމުގެ އަމުރަށްއެދި ފެމިލީ ކޯޓާއި މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅިދާނެކަމަށާއި، އެފަދަ އަމުރަށް މާލޭގައިނަމަ އެދޭނީ ފެމިލީ ކޯޓުގައި އެކަމަށް ޚާއްޞަކޮށްފައިވާ ފޯމަކުންކަމަށާއި، މެޖިސްޓްރޭޓް ކޯޓުގައިނަމަ، އެ ކޯޓަކުން އެފަދަ މައްސަލަތައް ހުށަހެޅުމަށް ކަނޑައަޅާފައި އޮންނަ އުޞޫލެއް، އެ ކޯޓުން ސާފުކުރުމަށްފަހު، އެ އުޞޫލުގެ ދަށުންކަމަށް، ޤާނޫނުގެ ކޮމެންޓަރީގައި ބަޔާންކޮށްފައިވެއެވެ.

71ގެވެށި އަނިޔާގެ ޤާނޫނުގެ 19 ވަނަ މާއްދާގެ (ހ)ގައި، ގެވެށި ގުޅުމެއްގައިވާ ދެމީހުންގެ ތެރެއިން އެކަކު، އެ ގުޅުމުގައިހިމެނޭ އަނެކާގެ މައްޗަށް އަމުރެއް ނެރެދިނުމަށްއެދި، ކޯޓަށް ހުށަހެޅިދާނކަމަށް ބުނެފައިވެއެވެ. އެފަދަ އަމުރަކަށް އެދެނީ ކުޑަކުއްޖަކުނަމަ، އެކަން ކުރަންވާނީ، އޭނާގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔަކު ނުވަތަ އޭނާ ބެލުމުގެ ޒިންމާއާ ޙަވާލުވެހުރި ފަރާތެއް ނުވަތަ އެ ޤާނޫނުގެ 8 ވަނަ މާއްދާގެ

(ށ) ގައި ބަޔާންކޮށްފައިވާ ފަރާތެއް މެދުވެރިކޮށްކަމަށް ބުނެފައިވެއެވެ.

72ގެވެށި އަނިޔާގެ ޤާނޫނުގެ 20 ވަނަ މާއްދާގައި، އެ ޤާނޫނުގާ 19 ވަނަ މާއްދާގެ (ށ)ގައިވާ ފަރާތެއް މެދުވެރިކޮށް، އެ ޤާނޫނުގެ ދަށުން ރައްކާތެރިކުރުމުގެ އަމުރަކަށް ކުޑަކުއްޖަކު އެދުނުކަމުގައި ވީނަމަވެސް، އޭނާގެ ވާހަކަ އަޑުއެހުމުގެ ފުރުޞަތު ކޯޓަށް ނުލިބޭގޮތަށް އެފަދަ އެއްވެސް ހުށަހެޅުމެއް މާނަކުރެވގެނި ނުވާނެކަމަށް ބުނެފައިވެއެވެ. އަދި ކުއްޖާގެ ޢުމުރަށާއި އެ ކުއްޖާގެ ތަޞައްރުފު ފުދުންހުރި މިންވަރުގެ މައްޗަށް ބިނާކޮށް، އެ ކުއްޖަކު ދައްކާ ވާހަކައިގެ މައްޗަށް ރިޢާޔަތްކުރުމަކީ، ކޯޓަށް އިޚްތިޔާރު ލިބިގެންވާ ކަމެއްކަމަށް އެ މާއްދާގެ (ނ)ގައި ބަޔާނި ކޮށްފައިވެއެވެ.

73ގެވެށި އަނިޔާގެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ހ)ގެ ދަށުން ބަޔާންކޮށްފައިވާ ކަންކަން ކޯޓަށް ކަށަވަރު ކުރެވޭނަމަ، ރައްކާތެރިކުރުމުގެ އަމުރެއް ނެރުމުގެބާރ ކޯޓަށު ލިބިގެންވާކަމަށް ބުނެފައިވެއެވެ. އެގޮތުން، ކޯޓުން ކަށަވަރު ކުރަންޖެހޭ ކަންކަން ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

1.73. އަމުރު ނިސްބަތްވާ ފަރާތުން ގެވެށި އަނިޔާގެ ޢަމަލެއްކަމުގައި މި ޤާނޫނުގެ ބޭނުމަށްޓަކައި ބެލެވޭޢަމަލެއ ކޮށްފައިވާކަން ނުވަތް ކުރަމުންދާކަން ނުވަތަ ކޮށްފާނެކަން.

2.73. އެފަދަ އަމުރެއް ކުރުމަކީ، އަމުރަށް އެދިފައިވާ ފަރާތުގެ ނުވަތަ އެފަރާތުގެ ދަރިއެއްގެ ނުވަތަ އެފަރާތުގެ ޢާއިލާގެ މެންބަރެއްގެ މަޞްލަޙަތު ޙިމާޔަތް ކުރުމަށްޓަކައި ކޮންމެހެން ބޭނުންކަމެއްކަން.

3.73. ގެވެށި އަނިޔާގެ ޝިކާރައަކަށްވީމީހާ ދިރިއުޅޭގެއާ އެންމެ ގާތުގައިހުރި ފުލުހުންގެ އޮފީހެއްގެ އެންމެ އިސްއޮފިސަރު މެދުވެރިކޮށް ރައްކާތެރިކުރުމުގެ އަމުރު ތަންފޒީކުރުމަށ ކޯޓުން އަމުރު ކުރެވިދާނެއެވެ.

74ގެވެށި އަނިޔާގެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ރ)ގައި، އެ ޤާނޫނުގެ ދަށުން ނެރެވޭ ކޯޓު އަމުރުތަކަކީ މުޅި ދިވެހިރާއްޖޭގައި ތަންފީޒުކުރެވޭނެ ކޯޓުއަމުރު ތަކެއްކަމަށް ބުނެފައިވެއެވެ. އަދި އެ މާއްދާއަށް ޖުމްލަކޮށް ބެލުމުން، ރައްކާތެރިކުރުމުގެ އަމުރެއް ނިސްބަތްވާ މީހާގެ ކިބައިން ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހާއަށް ރައްކާތެރިކަން ދޭންޖެހޭކަމަށް ކޯޓަށް ބެލެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ހުރުމުންމެނުވީ އެފަދަ އަމުރެއް ކޯޓުން ނުނެރޭނެކަމަށް ބެލުމަކީ ޤާނޫނާ ގބޫލުކުރަ ހަމަކަމަށް ބަލަންޖެހެއެވެ.

75ގެވެށި އަނިޔާގެ ޤާނޫނުގެ 25 ވަނަ މާއްދާގައި، އަމުރު ނިސްބަތްވާ ނުވަތަ އަމުރަށް އެދިފައިވާ މީހާއާ ގުޅޭގޮތުން، ވަރިކާ ވެނީގެ ދަޢުވާއެއް، ނުވަތަ ބަލަދުވެރިކަމުގެ ދަޢުވާއެއް ނުވަތަ ދަރިފުޅު ހޯދުމުގެ ދަޢުވާއެއް ނުވަތަ އެ ދެފަރާތުގެ ގުޅުމާ ގުޅޭގޮތުން އުފެދިފައިވާ އެހެން ދަޢުވާއެއް ނުވަތަ ޖިނާއޮ ދަޢުވާއެއް ހިނގަމުންދިޔުމަކީ، ހަމައެކަނި އެކަމަށްޓަކައި، އެ ޤާނޫނުގެ ދަށުން، ރައްކާތެރިކުރުމުގެ އަމުރެއް ނެރުމަށް ހުރަހަކަށްވެދާނެ ސަބަބެއްނޫން ކަމަށް ބަޔާންކޮށްފައިވެއެވެ.

76ގެވެށި އަނިޔާގެ ޤާނޫނުގެ 26 ވަނަ މާއްދާގައި، ރައްކާތެރިކުރުމުގެ އަމުރަށްއެދޭ މީހާއާއި، އެ މީހެއްގެ ދަރިން، އެ އަމުރުގެ ދަށުން ރައްކާތެރި ކުރެވޭނެކަމަށާއި، އެފަދަ އަމުރެއް ކުރުމުގައި، އެ އަމުރަށް އެދުނު ފަރާތާއި އެފަރާތާ ގެވެށި ގުޅުމަކުން ގުޅިފައިވާ ފަރާތެއްގެ ރައްކާތެރިކަން ދެމެހެއްޓުމަށް، ކޮންމެހެން ބޭނުންވާ މިންވަރަށް، އެ އަމުރު ހިންގުމަށްވެސ ކޯޓަށް އެންގިދާނެ ކަމަށް ބުނެފައިވެއެވެ. މި ޙާލަތުގައި، އަމުރެއް ނެރުނުއިރުގެ ޙާލަތަށާއި ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކޮށް، އެ ހިނދަށް ކޮންމެހެން ބޭނުންވާ މިންވަރަށް، ގެވެށް އަނިޔާގެ ޢަމަލުގެ އަސަރުފޯރާ އެހެންމީހުންވެސް ރައްކާތެރި ކުރުމުގެ ފިޔަވަޅުތަކެއް ޤާއިމުކުރުމަކީ ކޯޓަށް ކުރެވިދާނެ ކަމެއްކަމަށް ކޮމެންޓަރީގައި ބަޔާންކޮށްފައިވެއެވެ.

77މި މައްސަލައިގައި ވާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އަވަސް އަމުރު 1 (03 ފެބްރުއަރީ 2023) އަށް ބެލުމުން، ގެވެށި އަނިޔާގެ ޤާނޫނުގެ 1، 2، 3، 4، 24، 26، 28، 31، 37، 39 އަދި 40 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ނެރެފައިވާ އެ އަމުރަކީ، އިސްތިއުނާފުކުރާ ފަރާތުގެ އިތުރުން މި ދެމީހުންނަށް ލިބިފައިވާ ދަރިފުޅަށްވެސް ނިސްބަތްވާ އަމުރެއްކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން، ގެވެށި އަނިޔާގެ ޢަމަލެއް މި ދެމީހުންނަށް ލިބިފައިވާ ދަރިފުޅަށް ފެންނާނެ ނުވަތަ އަޑުއިވޭ ޙާލަތަކަށް ކުއްޖާ ނުގެންދިޔުމަށާއި، ކުއްޖާއާ ބައްދަލުކުރުމާމެދ ކޯޓުނު ވަކިގޮތެއް ކަނޑައަޅަންދެން، ކުއްޖާގެ މަންމަގެ ހުއްދަ ލިބިގެންމެނުވީ ކުއްޖާ ނުގެންދިޔުމަށާއި، ގެވެށި އަނިޔާގެ ޢަމަލެއް ނުހިންގުމަށް އިސްތިއުނާފު ރައްދުވާ ފަރާތަށް އަންގައި، އެ އަމުރު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަންފީޒު ކުރުމަށް އަންގާފައިވެއެވެ.

78ބުނެވިދިޔަ ގޮތުގެމަތިން ކަންހިނގުމަށްފަހު، އަވަސް އަމުރު 1 ބާޠިލުކުރުމަށްއެދި ޒާހިރުގެ ފަރާތުން ހުށަހެޅި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 206/HMC/2023 ޤަޟިއްޔާއިންނެވެ. އެ ޤަޟިއްޔާގައި، އަވަސް އަމުރު 1 ބާޠިލު ކުރެވިދާނެތޯ ބަލާއިރު، އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިފައިވާ ދަރިފުޅަށް 7 (ހަތެއް) އަހަރު ފުރިފައިވާއިރު، އެ ކޯޓުގެ ނަންބަރު 276/HMC/2020 ޤަޟިއްޔާއިން އިސްތިއުނާފުކުރާ ފަރާތާއި ކުއްޖާ ޙަވާލުކޮށްފައިވާ މުއްދަތު ހަމަވެފައިވާތީ، ގެވެށި އަނިޔާގެ ޤާނޫނުގެ 33 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ކުއްޖާގެ ޙަޟާނަތާމެދު ނުވަތަ ކުއްޖާގެ ބައްޕައާ ބައްދަލުކުރުމާ ގުޅޭގޮތުން ޝަރުޢީ ކޯޓަކުން ވަކިގޮތެއް ކަނޑައަޅަންދެން، ބުނެވިދިޔަ އަވަސް އަމުރު 1ގައި ކުއްޖާގެ ބައްޕައާ ބައްދަލުކުރުމަށް އަންގާފައިވާގޮތަށް ބަދަލު ގެނެސްފައިވެއެވެ. އެގޮތުން، އިސްތިއުނާފު ރައްދުވާ ފަރާތުން ބޭނުންވާތަނަކަށް، ކޮންމެ ހަފުތާއެއްގެ ހުކުރު އަދި ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އާދެމެދު ވަގުތު ހޭދަކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ދިޔުމުން، ކުއްޖާގެ ބައްޕައާ ޙަވާލުކުރުމަށް އިސްތިއުނާފުކުރާ ފަރާތަށް އަންގާފައިވެއެވެ. އަދި ވަގުތު ހަމަވުމުން، ކުއްޖާ ގެ މަންމައާ ޙަވާލުކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތަށް އަންގާފައިވެއެވެ.

79ގެވެށި އަނިޔާގެ ޤާނޫނުގެ 28 ވަނަ މާއްދާގައި، އެ ޤާނޫނުގެ ދަށުންނެރޭ ރައްކާތެރިކުރުމުގެ އަމުރެއްގައި ސާފުކޮށް ބަޔާންކޮށްފައި ނުވިނަމަވެސް، ތިރީގައި ބަޔާންކޮށްފައިވާ ކަންކަމަކީ ޢާއްމު ޝަރުޠުތައްކަމަށް ބަލައި، އެފަދަ އަމުރެއް ނިސްބަތްވާ ފަރާތުން ކޮށްގެން ނުވާނެ ޢަމަލުކަމަށް ބުނެފައިވެއެވެ. އަދި މި މާއްދާގައި ބަޔާން ކޮށްފައިވާފަދަކަމަކާ ޚިލާފުވެއްޖެނަމަ، ރައްކާތެރިކުރުމުގެ އަމުރާ ޚިލާފުވީކަމަށް ބެލެވޭނެކަމަށް ކޮމެންޓަރީގައި ބަޔާންކޮށްފައިވެއެވެ.

1.79. ރައްކާތެރިކުރެވިގެންވާ މީހާއަށް، ޖިސްމާނީގޮތުނ ނުވަތް ޖިންސީގޮތުނ އެއްވެސް އަނިޔާއެއް ކުރުން ނުވަތަ އެފަދަ އަނިޔާއެއް ކޮށްފާނެކަމުގެ ބިރުދެއްކުން.

2.79. ރައްކާތެރިކުރެވިގެންވާ މީހާގެ އެއްވެސް މުދަލަކަށް ގެއްލުމެއްދިނުނ ނުވަތް އެފަދަ ގެއްލުމެއް ދީފާނެކަމުގެ ބިރުދެއްކުން.

3.79. ރައްކާތެރިކުރެވިގެންވ މީހާ ބިރުގެންނެވުމުގެގޮތުން، ނުވަތަ އޭނާ ލަދުގެންނެވުމުގެގޮތުން، ނުވަތަ އޭނާއަށް ނަފސާނީގޮތުނު އަނިޔާކުރުމުގެގޮތުނ އެއްވެސް ޢަމަލެއް ކުރުން ނުވަތް އެފަދަ ޢަމަލެއް ކޮށްފާނެކަމުގެ ބިރުދެއްކުން.

4.79. ރައްކާތެރިކުރެވިގެންވާ މީހާއާމެދު ރައްކާތެރިކުރުމުގެ އަމުރު ނިސްބަތްވާމީހާ ނުކުރުމަށް އަންގާ އެއްވެސްކަމެއް އެހެން މީހަކު މެދުވެރިކޮށްނަމަވެސް، އެ އަމުރު ނިސްބަތްވާ ފަރާތުން ކުރުވުން.

80ގެވެށި އަނިޔާގެ ޤާނޫނުގެ 31 ވަނަ މާއްދާގައި، ރައްކާތެރިކުރުމުގެ އަމުރެއް ކޯޓުން ނެރޭހިނދު، ރައްކާތެރި ކުރެވިގެންވާމީހ ނުވަތާ އެމީހާގެ ދަރިއެއް ރައްކާތެރިކުރުމަށްޓަކައި، އެ އަމުރު ނިސްބަތްވާމީހާ ބައެއް ޚާއްޞަ ޝަރުޠުތަކަށް ތަބާވާންޖެހޭކަމަށް ކޯޓަށް ގ ބޫލުކުރެވިއްޖެ ހިނދެއްގައި، އެ އަމުރު ނިސްބަތްވާމީހާގެ މައްޗަށ، އެ މާއްދާގައިވާ ޝަރުޠުތަކާއް އަދި އިތުރު ޝަރުޠު ކުރެވިދާނެކަމަށް ބަޔާންކޮށްފައިވެއެވެ. މި މާއްދާގެ ކޮމެންޓަރީގައި، ރައްކާތެރިކުރުމުގެ އަމުރެއް ނެރޭހިނދު، ޙާލަތަށް ރިޢާޔަތްކޮށް، އަމުރައް އެދޭމީހާ އެދިފައިވާ ކަންކަމުގެ އިތުރުން، ޤާނޫނުގެ 31 ވަނަ މާއްދާގައިވާ ޚާއްޞަ ޝަރުޠު ހިމެނިދާނެކަމަށާއި، އަދި ޝަރުޠާ ޚިލާފުވެއްޖެނަމަ ރައްކާތެރިކުރުމުގެ އަމުރާ ޚިލާފުވިކަމަށް ބެލެވޭނެކަމަށް ބުނެފައިވެއެވެ.

81ގެވެށި އަނިޔާގެ ޤާނޫނުގެ 31 ވަނަ މާއްދާގެ (ހ)ގައި، ރައްކާތެރިކުރުމުގެ އަމުރެއް ކޯޓުން ނެރޭހިނދު، ރައްކާތެރިކުރެވިގެންވާ މީހާ ނުވަތަ އެމީހާގެ ދަރިއެއް ރައްކާތެރިކުރުމަށްޓަކައި، އެ އަމުރު ނިސްބަތްވާ މީހާ ބައެއް ޚާއްޞަ ޝަރުޠުތަކަށް ތަބާވާންޖެހޭކަމަށް ކޯޓަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައި، ކޯޓުން އެ ގެވެށި އަނިޔާގެ ޤާނޫނުގެ 28 ވަނަ މާއްދާގެ (ބ). ގެވެށި އަނިޔާގެ ޤާނޫނުގެ 31 ވަނަ މާއްދާގެ (ހ)ގެ (1) ދިރިއުޅޭނެ ގެއަކާއި ގުޅިގެންކުރ ކޯޓާ އަމުރު؛ ( 2) ޙަޟާނަތުގެ އަމުރު؛ އަދި/ނުވަތަ (3) ފައިސާގެ ބަދަލު ނަގައިދިނުމަށްކުރ ކޯޓާ އަމުރު. އަމުރު ނިސްބަތްވާ މީހާގެ މައްޗަށް ތިރީގައިވާ ޝަރުޠުތައް (އަދި މިނޫންވެސް މިބާވަތުގެ ޝަރުޠުތައް) ލާޒިމު ކުރެވިދާނެ ކަމަށް ބުނެފައިވެއެވެ.

1.81. ދިރިއުޅޭނެ ގެއަކާއ ގުޅިގެނި ކުރް ކޯޓާ އަމުރު؛

2.81. ޙަޟާނާތުގެ އަމުރު ؛ އަދި/ނުވަތަ

3.81. ފައިސާގެ ބަދަލު ނަގައިދިނުމަށް ކުރާ ކޯޓު އަމުރު.

82ގެވެށި އަނިޔާގެ ޤާނޫނުގެ 31 ވަނަ މާއްދާގެ (ށ) އިން (އ)އަށް ބަޔާންކޮށްފައިވަނީ، ބުނެވިދިޔަ ބާވަތުގެ ޝަރުޠުގެ ދާއިރާގެ ތެރޭގައިހިމެނިދާނެ އަދި ނުހިމެނޭނެ ކަންކަމުގެ ތަފުސީ ލުތަކެވެ. އެގޮތުން، ގެވެށި އަނިޔާގެ ޤާނޫނުގެ 31 ވަނަ މާއްދާގެ (ޅ)ގައި، އެހެން ޤާނޫނެއްގައި އެހެންގޮތަކަށް އޮތްނަމަވެސް، ރައްކާތެރިކުރުމުގެ އަމުރަކަށް އެދިފައިވާހިނދ ކޯޓުގު ކޮންމެ މަރުޙަލާއެއްގައިވެސް، ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާގެ ދަރިންނަށް ގެއްލުމެއް ލިބިދާނެފަދަ ޙާލަތެއް ނުވަތަ އެކުދިންގެ މަޞްލަޙަތެއް ގެއްލިދާނެފަދަ ޙާލަތެއް މެދުވެރިވެދާނެކަމުގެ ބިރުއޮތްކަން ކޯޓަށް ގަބޫލުކުރެވިއްޖެ ހިނދެއްގައި، ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާއާ ނުވަތަ ޙަޟާނާތުގެ އަމުރަކަށް އެދޭމީހާއާ އެކުދިންގެ ޙަޟާނާތް ޙަވާލުކުރުމަށް އަމުރުކޮށް ވަގުތީ ޙަޟާނާތުގެ އަމުރެއް ކޯޓަށް ކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިފަދަ އަމުރެއްކުރުމުގައި އެކުދިންނަށް ޒިޔާރާތްކުރުމުގެ ޙައްޤު ގެވެށި އަނިޔާގެ ޢަމަލު ހިންގި މީހާއަށް ދެވިދާނެއެވެ. ނަމަވެސް، މިފަދައިން ޒިޔާރާތްކުރުމުގެ ޙައްޤެއް ގެވެށި އަނިޔާގެ ޢަމަލު ހިންގި މީހާއަށް ދިނުމުގެ ސަބަބުން އެކުދީންނަށް އެކަމުގެ ނޭދެވޭ އަސަރު ކޮށްފާނެކަމަށް ކޯޓަށް ގބަލުކުރެވިއްޖެ ހިނދެއްގައި، ގެވެށި އަނިޔާގެ ޢަމަލު ހިންގިމީހާއަށް އެކުދީންނަށް ޒިޔާރާތްކުރުން ކޯޓުން މަނާކުރެވިދާނެކަމަށް ބުނެފައިވެއެވެ.

83HN4ގެވެށި އަނިޔާގެ ޤާނޫނުގެ 31 ވަނަ މާއްދގާ (ހ)ގައިވާ "އަދ މި ނޫންވެސް މިބާވަތުގެ ޝަރުޠު"، މި ޢިބާރާތް މާނަކޮށްފައި ނުވެއެވެ. މި ޙާލަތުގައި، އެ ޤާނޫނުގެ 31 ވަނަ މާއްދާގެ އެންމެހައި އަކުރަކަށް ޖުމްލަކޮށް ބެލުމުން، އެ މާއްދާގެ ދަށުން ކަނޑައެޅޭ އެނޫންވެސް ޚާއްޞަ ޝަރުޠުތަކަކީ އެ މާއްދާގެ

(ހ)ގައިވާ ނަންބަރުތަކުގެ ޠަބިއްޔަތުގެ ތެރޭގައިވާ، އަދި އެ ބާވަތުގެ ދާއިރާގެ ތެރޭގައި މަހުދޫދުވެގެންވާ ޝަރުޠެއްގެ ގޮތުގައި މާނަކުރަންޖެހެއެވެ.

84ގެވެށި އަނިޔާގެ ޤާނޫނުގެ 33 ވަނަ މާއްދާގައި، ރައްކާތެރިކުރުމުގެ އަމުރަށް އެދުނުމީހ ނުވަތާ އެ އަމުރު ނިސްބަތްވާ މީހާ ކޯޓަށް ހުށަހެޅުމެއް ހުށަހެޅުމުން، އަދި އެ ހުށަހެޅުމަކީ އެންމެ ރަނގަޅު ހުށަހެޅުމެއްކަން ކޯޓަށް ގ ބޫލުކުރެވިއްޖެ ހިނދެއްގައި، ޚާއްޞަ ޝަރުޠެއް އުނިކުރުން ނުވަތަ ބަދަލުކުރުން، ޚާއްޞަ ޝަރުޠެއް އިތުރުކުރުން، ވަކިކަމެއް ކުރުމަށް އަންގާފައިވާ ގޮތަކަށް ބަދަލުގެނައުން ނުވަތަ އެކަމެއް ކުރަން ނުޖެހޭގޮތަށް ހެދުން، ވަކިކަމެއްގެ އިރުޝާދު ވަކިގޮތަކަށް ދިނުން، މިއިންކަމެއް މެދުވެރިކޮށް، އެ އަމުރަށް ބަދަލު ގެނައުމުގެބާރ ކޯޓަށު ލިބިގެންވާކަމަށް ބުނެފައިވެއެވެ.

85ގެވެށި އަނިޔާގެ ޤާނޫނުގެ 33 މާއްދާގައި، ރައްކާތެރި ކުރުމުގެ އަމުރަށް ބަދަލު ގެނެވިދާނެކަމަށް ބަޔާންކޮށްފައިވެއެވެ. "ބަދަލވުނު "ގެ ލަފުޒީމާން އިގައަ، ކުރިންއޮތް ޙާލަތަކުން އެހެން ޙާލަތަކަށް ނަގުލުވުން ހިމެނެއެވެ. ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރުތަކަށް ބަދަލު ގެނެވިދާނެކަމަށް ޤާނޫނުގައި ދިވެހި ބަސްފޮތް، ދިވެހިބަހާއި ތާރީޚާ ބެހޭ މަރުކަޒު، 2011، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ޞަފުޙާ 214. ބަޔާންކޮށްފައިވުމުން، ގވެށެ އަނިޔާގެ ޢަމަލުތަކުގައި މުޖުތަމަޢުން ޢަމަލުކުރާގޮތްތަކަށް ރިޢާޔަތްތެރިކަންދީ، މީހުންގެ މެދުގައިއޮންނަ ގުޅުންތައް ބަދަލުވަމުންދާ ގޮތުގެމައްޗަށް ބިނާކޮށް، އަދާހަމަކުރަނިވި ބަދަލުތަކާއެކު، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދޭފަރާތާއި އެފަދަ އަމުރު ރައްދުވާ ފަރާތުގެ ޢަމަލުތައް ބަދަލުކުރުމަށް މަގުފަހިވާ އިންޞާފުވެރި އަދި ޙާލަތަށް އެކަށޭނެ ތަންފީޒީ ނިޒާމެއް ގާއިމުކުރުމުގެ ތަޞައްވުރެއް ޤާނޫނުގައި އޮތްކަމަށްދެކެމެވެ.

86ގެވެށި އަނިޔާގެ ޤާނޫނުގެ 37 ވަނަ މާއްދާގައި، ރައްކާތެރިކުރުމުގެ އަވަސް އަމުރަކީ، ރައްކާތެރިކުރުމުގެ އަމުރެއް، އެ ޤާނޫނުގައި ބަޔާންވެގެންވާ ޢާއްމު އުޞޫލުން ކުރުމުގެކުރިން، މައްސަލައިގައި ހިމެނޭ ދެމީހުން ކޯޓަށް ހާޒިރުކުރެވި، ދެމީހުންގެ ވާހަކަ އަޑުއެހުމަށްފަހުގައިކުރެވޭ އަމުރާ ޚިލާފަށް، މައްސަލަ ހުށަހަޅާ މީހާގެ ވާހަކައަށްއެކަނި ބިނާކޮށް، އެ މައްސަލަ ހުށަހެޅުނުކަން އަނެއްފަރާތަށް އެންގުމަކާނުލާ ނެރޭ އަމުރެއްކަމަށް ބުނެފައިވެއެވެ. މި މައްސަލައިގައިވާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އަވަސް އަމުރު 1 އަކީ ބުނެވިދިޔަފަދަ އަމުރެކެވެ.

87ގެވެށި އަނިޔާގެ ޤާނޫނުގެ 38 ވަނަ މާއްދާގެ (ހ)ގައި، ރައްކާތެރިކުރުމުގެ އަވަސް އަމުރަކީ ވަގުތީ އަމުރެއްކަމަށާއި، އެ އަމުރު ނިމުމަކަށް ނުގެންނަހާހިނދަކު، އެ އަމުރު ދެމއޮންނާނި ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށްކަމަށް ބުނެފައިވެއެވެ. އަދި އެ ޤާނޫނުގެ 38 ވަނަ މާއްދާގެ (ށ)ގައި، އެފަދަ އަމުރެއް 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ނިމުމަކަށް ނުގެންނަނަމަ، ނުވަތަ އަމުރު ނިސްބަތްވާ ފަރާތުން މައްސަލައެއް ހުށަހަޅާފައިނުވާނަމަ، 3 (ތިނެއ) މަސްދުވަސް ހަމަވުމުން، އެއީ ދާއިމީ އަމުރަކަށް ބަދަލވާނެކަމަށް ބުނެފައިވެއެވެ.

88ރައްކާތެރިކުރުމުގެ އަވަސް އަމުރަކީ، ގެވެށި އަނިޔާގެ ޤާނޫނުގެ 38 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ އަމުރު ނިމުމަކަށް ނުގެންނަހައި ހިނދަކު ނުވަތަ އަމުރު ނިސްބަތްވާ މީހަކު މައްސަލަ ހުށަނާޅާހައި ހިނދަކު، އެ ޤާނޫނުގެ 38 ވަނަ މާއްދާގެ (ހ)ގައި ކަނޑައަޅާފައިވާ 3 (ތިނެއް) މަސްދުވަހަށް ދެމިއޮންނާނެ އަމުރެއްކަމަށާއި، އަދި 3 (ތިނެއް) މަސްދުވަހަށް ދެމިއޮވެއްޖެނަމަ ދާއިމީ އަމުރެއްކަމަށް ބެލެވޭނެކަމަށް، ޤާނޫނުގެ ކޮމެންޓަރީގައި ބަޔާންކޮށްފައިވެއެވެ.

89ގެވެށި އަނިޔާގެ ޤާނޫނުގެ 39 ވަނަ މާއްދާގައި، އެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ރައްކާތެރި ކުރުމުގެ އަވަސް އަމުރު ނެރެވިދާނެ ޚާއްޞަ ޙާލަތްތަކުގެގޮތުގައި ބަޔާންކޮށްވ ކަންކަނާ ތިރީގައިއެވަނީއެވެ.

1.89. ދެފަރާތުގެ ވާހަކަ އަޑުއެހުމަށްފަހު އަމުރެއްކުރުން އެއީ، މައްސަލަ ހުށަހަޅާ ފަރާތަށް އެ ޙާލަތުގައި ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއްކަމަށް ފެނުން.

2.89. މައްސަލަ ހުށަހަޅާ ފަރާތަށް ލިބެންވާ އިންސާފު ނުލިބިދނެފަދަ ޙާލަތެއްކަމަށް ފެނުން.

3.89. މައްސަލަ ހުށަހަޅާ ފަރާތަށްއޮތް ނުރައްކާ އިތުރުވެގެންހިނގައިދާނެ ކަމެއްކަމަށް ފެނުން.

4.89. މައްސަލަ ހުށަހަޅާ ފަރާތަކީ ދަތި އުނދަގޫ ޙާލަތެއްގައިވާ މީހަކަށްވުން.

90ގެވެށި އަނިޔާގެ ޤާނޫނުގެ 40 ވަނަ މާއްދާގައި، އެފަދަ އަވަސް އަމުރެއް ނެރުމުގެކުރިނ ކޯޓުން ރިޢާޔަތް ކުރަންޖެހޭކަމަށް ބަޔާންކޮށްފައިވާ ކަންކަން ތިރީގައިއެވަނީއެވެ.

1.90. ރައްކާތެރިކުރުމުގެ އަމުރަށް އެދިފައިވާ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގެ ބޮޑުކަމާއި އެކަމުގައި ހިމެނިގެންވާ ނުކުތާތަކުގެ ނުރައްކާތެރިކަން.

2.90. ރައްކާތެރިކުރުމުގެ އަމުރު ނިސްބަތްވި ފަރާތުން ހިންގަމުންގެންދާ ޢަމަލުތަކުގެ ހަރުކަށިކަން ނުވަތަ ނުރައްކާތެރިކަން.

ގެވެށި އަނިޔާގެ ޤާނޫނުގެ 39 ވަނަ މާއްދާގެ (ހ.)

3.90. ރައްކާތެރިކުރުމުގެ އަމުރު ނިސްބަތްވާ ފަރާތުން ހިންގަމުންގެންދާ ޢަމަލުތަކުގެ ސަބަބުން، އެ އަމުރަށް އެދުނު ފަރާތުގެ މަޞްލަޙަތަށް އުނިކަން އަންނަ ނިސްބަތުގެ ބޮޑުކަން.

91ގެވެށި އަނިޔާގެ ޤާނޫނުގެ 39 ވަނަ މާއްދާގެ ކޮމެންޓަރީގައި، ޤާނޫނުގެ 37 ވަނަ މާއްދާގައިވާފަދަ އަވަސާ އަމުރެއް ނެރެންޖެހޭފަދަ ޙާލަތެއް އޮތްކަން ދައްކައިދިނުމަކީ އަމުރަށްއެދޭ ފަރާތުން ކުރަންޖެހޭ ކަމެއްކަމަށާއި، އަމުރަށް އެދޭފަރާތުގެ ހުށަހެޅުންތަކުން އެ ޤާނޫނުގެ 40 ވަނަ މާއްދާގައިވާ ކަންކަމަށް ރިޢާޔަތްކޮށް، ޤާނޫނުގެ 39 ވަނަ މާއްދާގައިވާފަދަ ޙާލަތެއް އޮތްކަމަށް ކޯޓަށް ގަބޫލުކުރެވޭނަމަ، ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ކޯޓަށް ނެރެވިދާނެކަމަށް ބަޔާންކޮށްފައިވެއެވެ.

92ގެވެށި އަނިޔާގެ ޤާނޫނުގެ 41 ވަނަ މާއްދާގެ (ހ)ގައި، ރައްކާތެރިކުރުމުގެ އަވަސްއަމުރު ނިސްބަތްވާ ފަރާތަށް ލިބިގެންވާ ޙައްޤުތަކުގެ ތެރޭގައި، އަމުރު ދާއިމީ އަމުރަކަށްވުމުގެ ކުރިން، އޭނާގެ ވާހަކަ އަޑުއެހުމަށް ކޯޓުގައި އެދުމާއި، އަމުރުގައި ހިމެނޭ ޝަރުޠަކަށް ނުވަތަ ކަމަކަށް ބަދަލުގެނައުމަށްއެދި ނުވަތަ ބާޠިލު ކޮށްދިނުމަށއެދް ކޯޓަށް ހުށަހެޅުމާއި، އެ އަމުރު ނިމުމަކަށް ގެނެސްދިނުމަށް އެދުމާއި، އަމުރާމެދު އިޢުތިރާޟު ކުރާކަން އެންގުން ހިމެނޭކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ގެވެށި އަނިޔާގެ ޤާނޫނުގެ 41 ވަނަ މާއްދާގެ (ށ)ގައި، އެ މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސްކަމެއް ފާހަގަކޮށް، އެ އަމުރު ނިސްބަތްވާމީހާ ކޯޓަށް މައްސަލަ ހުށަހަޅައިފިނަމަ، މައްސަލައިގައި ހިމެނޭ ދެމީހުން ޙާޟިރުކޮށްގެން، ނުވަތަ ދެމީހުން ތަމްސީލުކުރެވޭގޮތަށ ކޯޓުން މައްސަލް ބަލަންވާނެ ކަމަށާއި، ކުރިން ކޮށްފައިވާ ވަގުތީ އަމުރު އެގޮތުގައި ދެމެހެއްޓުމާއި، އެ އަމުރަށް ބަދަލުގެނައުމާއި، އެ އަމުރު ބާޠިލުކުރުމާމެދު ކޯޓުން ގޮތެއް ނިންމަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 206/HMC/2023 ޤަޟިއްޔާއިން ބަލާފައިވާ މައްސަލައަކީ، އެ ކޯޓުގެ ނަންބަރ 2/HMC/2023 "ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރު" ނުވަތަ "އަވަސް އަމުރު 1" ބާޠިލުކުރުމަށްއެދ އިސްތިއުނާފި ރައްދުވާ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކަށްވާއިރު، ހަމައެއާކުއެކީގައި، އަވަސް އަމުރު 1 ގައިވާ ބައްދަލުކުރުމުގެ ބަޔަށް ބަދަލު ގެނައުމަށް، އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ދަޢުވާ ފޯމުގައި އެދިފައިވެއެވެ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 206/HMC/2023 ޤަޟިއްޔާގެ ޙުކުމުގައި، ބުނެވިދިޔަ އަވަސް އަމުރު ބާޠިލު ނުކުރުމަށް ނިންމުމާއެކއެކީގައު، އިސްތިއުނާފު ރައްދުވާ ފަރާތުން ދަރިފުޅާ ބައްދަލުކރުމުގައި ޢަމަލު ކުރަންޖެހޭގޮތަށ ބަދަލް ގެނެސްފައިވެއެވެ.

93ގެވެށި އަނިޔާގެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުންނެރޭ އަވަސް އަމުރާއި، އެފަދަ އަމުރާ ގުޅުންހުރި ކަންކަން ކޯޓަށް ހުށަހަޅައި، އެކަންކަން ސާބިތު ކުރުމުގެ ފުރުޞަތު އަވަސް އަމުރު ރައްދުވާ ފަރާތަށް ދޭންވާނެކަމަށާއި، އަވަސް އަމުރެއް ނެރުމުގައި ރިޢާޔަތްކުރާނީ ހަމައެކަނި އަމުރަށްއެދޭ ފަރާތުން ދައްކާ ވާހަކައާއި ހުށަހެޅުންތަކަށާއި، ޤާނޫނުގެ 48 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށްކަމުގައި ވީނަމަވެސް، އަވަސް އަމުރެއް ރައްދުވާ ފަރާތަކަށް ކަންކުރެވޭނެގޮތް ބަޔާންކޮށްފައިވަނީ، އެ ޤާނޫނުގެ 41 ވަނަ މާއްދާގައިކަމަށް، ޤާނޫނުގެ ކޮމެންޓަރީގައި ބުނެފައިވެއެވެ.

94ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަތަމާ މެރިން މައްސަލައިގައި، ކޯޓުން މާނަކުރަންޖެހޭ މާއްދާ ނުވަތަ އިބާރާތްހިމެނޭ ޤާނޫނު ކިޔަންވާނީ އެއްރޮއްޖަކުން ވިޔެފައިވާ އެކަތިގަނޑެއްގެ ގޮތުގައިކަމަށާއި، ޤާނޫނުގައި ހިމެނޭ ވަކިވަކިބައިތައް ކޯޓުންކިޔައި، މާނަކުރަންވާނީ މުޅިޤާނޫނުގެ ވަށައިގެންވާ ސިޔާސަތާއި މަޤުޞަދުގެ ގެވެށި އަނިޔާގެ ޤާނޫނުގެ 48 ވަނަ މާއްދާގައި ބުނެފައިވަނީ، ތަފްރީޤުކުރެވިދާނެ ޙާލަތްތައްކަމުގައި އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާ ސަބަބުތަކުގެ ތެރެއިން، މި ޤާނޫނުގެ ބޭނުމަށްޓަކައި، ކައިވެންޏެއް ތަފްރީޤުކުރެވޭނީ، ކައިވެނީގެ ގުޅުމުން ގުޅިފައިވާ ދެމީހުންގެ ތެރެއިން، ފިރިހެންމީހާ އަންހެންމީހާގެ މައްޗަށް، ގެވެށި އަނިޔާގެ ޢަމަލު ހިންގިހިނދު، އަދި ގެވެށި އަނިޔާގެ ޝިކާރައަކަށްވީ އަންހެންމީހާ ތަފްރީޤުކޮށްދިނުމަށް ކޯޓުގައި އެދިއްޖެހިނދު، އަންނަނިވި ކަންކަން، ކޯޓަށް ގ ބޫލުކުރެވޭނަމަ ކަމަށެވެ. އަދި އެ މާއްދާގެ އިތުރު އަކުރުތަކުގައިވަނ؛ ( ހ) އެ ޢަމަލަކީ، ގެވެށި އަނިޔާގެ ޢަމަލު ހިންގި ފިރިހެންމީހާއާއި ގެވެށި އަނިޔާގެ ޝިކާރައަކަށްވީ އަންހެންމީހާ ޞުލްޙަވެރި ދިރިއުޅުމެއް ޤާއިމުކުރުމަށް ހުރަސްއެޅޭފަދަ ބޮޑު ނުވަތަ ނުރައްކާތެރި ޢަމަލެއްކަން . (ށ) ގެވެށި އަނިޔާގެ ޝިކާރައަކަށްވީ އަންހެންމީހާގެ ރައްކާތެރިކަމާއި ޞިއްޙަތާއި ދުޅަހެޔޮކަން ކަށަވަރުކޮށްދެވެންނެތ ބޮޑް ނުވަތު ނުރައްކާތެރި ޢަމަލެއްކަން . (ނ) މި ޤާނޫނުގައި ބަޔާންވެގެންވާ އެހެން ފިޔަވަޅުތައް އެޅުމުންވެސް، އެ ދެމަފިރިންގެ މެދުގައިއޮތް ކައިވެނީގެ ގުޅުން ދެމެހެއްޓޭވަރަށްވުރެ ނުރައްކާތެރި ނުވަތަ ދެރަ ޙާލަތަކަށް އެ ދެމަފިރިންގެ ގުޅުން އެ ޢަމަލުގެ ސަބަބުން ވާސިލުވެފައިވާކަން . ފުޅާއިމުގެ ތެރެއިންކަމަށް ބުނެފައިވާއިރު، މި އުޞޫލުގެ އަސްލަކީ ޑޮކްޓަރިނ އޮފް ހާމޯނިއަސް ކޮންސްޓްރަކްޝަންކަމަށް ބެލެވޭއިރު، އެއީ މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލުކަމަށް ދެކެމެވެ.

95މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 10 ވަނަ މާއްދާގައި، ޤާނޫނު މާނަކުރުމުގައި ޤާނޫނުގެ ތެރެއިން ބޭނުން ހިފިދާނެ ވަޞީލަތްތައް ބަޔާންކޮށްފައިވެއެވެ. އެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ)ގައި، ޤާނޫނެއްގައި ހިމެނިގެންވާ ވަކި ބަހެއް ނުވަތަ ގިނަ ބަސްތަކެއ ނުވަތް ޖުމްލައެއް ހިމެނިގެންވާ ޕެރެގްރާފް ނުވަތަ ބާބު އެކުގައި ކިޔާލުމުން، އެ ބަހެއް ނުވަތަ ގިނަ ބަސްތަކެއ ނުވަތް ޖުމްލައެއް ބޭނުންކުރެވިފައިވާ މާނަ ނުވަތަ އޭގެމަޤާމ ނުވަތު މަހައްލު ދެނެގަނެވިދާނެކަމަށް ބަޔާންކޮށްފައިވެއެވެ.

96ގެވެށި އަނިޔާގެ ޤާނޫނުގެ 31 ވަނަ މާއްދާގެ (ހ)އާއި (ޅ)އަށް ބެލުމުން، ރައްކާތެރިކުރުމުގެ އަމުރުގެ ތެރެއިން ވަގުތީ ޙަޟާނަތުގެ އަމުރު ނެރެވިދާނެކަން އެނގޭއިރު، އެފަދަ އަމުރެއް ނެރެވޭނީ މައިންބަފައިނގް ތެރެއިން ދެ ފަރާތުގެބަސް ހޯދައިގެންކަމަށް ބަލަންޖެހެއެވެ. އެހެނީ، މި މާއްދާ ހިމެނެނީ ރައްކާތެރިކުރުމުގެ އަމުރާގުޅޭ ހަތްވަނަ ބައިގައިކަމުން، ޢާއްމު އުޞޫލުތައް ހިނގާ ބާވަތުގެ ރައްކާތެރިކުރުމުގެ ތެރޭގައިހިމެނޭ ނައްސެއްކަމަށް ބެލެވޭނެތީއެވެ.

97މި ނިންމުމުގެ 80 އިން 83 ވަނަ ނުކުތާއަށް ބަޔާން ކޮށްފައިވާފަދައިން، ގެވެށި އަނިޔާގެ ޤާނޫނުގެ 31 ވަނަ މާއްދާގައިވާ ޚާއްޞަ ޝަރުޠުތަކަކީ، އެ މާއްދާގެ (ހ)ގެ ނަންބަރު (1) އިން (3)އަށް ބަޔާންކޮށްފައިވާ “It is well-settled rule of interpretation that the provisions of a statute should be so read as to harmonise with one another and the provisions of one section cannot be used to defeat those of another unless it is impossible to effect reconciliation between them.” The principle stated in Crawford’s ‘Statutory Construction’ is as follows: “Hence, the Court should, when it seeks the the legislative intent, consutrue all the constituent parts of the statute together and seek to ascertain the legislative intention from the whole Act, considering every provision thereof in the light of the general purpose and objective of the Act itself, and endeavouring to make every part effective, harmonious and sensible... This means, of course, that the court should avoid absurd consiquences in any part of the statute and refuse to regard any word, phrase, clause or sentence superfluous, unless such a result is clearly unavoidable.” Supreme Court of India in D. Sanjeevayya v. Elections Tribunal AIR 1967 SC1211 cited in Vepa P. Sarathy, th Interpretation of Statutes (4 edn, Eastern Book Company 2003) at p 45. މައުޟޫޢުގެ ތެރޭގައިހިމެނޭ ޝަރުޠަކަށް ވާންޖެހޭނެއެވެ. އަދި އަމުރު ރައްދުވާ ފަރާތުން ރައްކާތެރިކުރެވޭ ކުއްޖަކާ ބައްދަލުކުރުމުގެ ކަންކަން ކަނޑައެޅުމުގެ ފުރުޞަތު އޮންނާނީ، ގެވެށި އަނިޔާގެ ޤާނޫނުގެ 31 ވަނަ މާއްދާގެ (ހ)ގެ (2) ވަނަ ނަންބަރުގައިވާ ޙަޟާނަތުގެ ޙައްޤުގެ ދާއިރާގެ ތެރެއިންކަމަށް ބަލަންޖެހެއެވެ.

98HN3ގެވެށި އަނިޔާގެ ޤާނޫނުގެ 18 ވަނަ މާއްދާއިން 36 ވަނަ މާއްދާއަށް ބަޔާންކޮށްފައިވާ ކަންކަން، ޤާނޫނުގައި ތަރުތީބު ކޮށްފައިވަނީ "ހަތްވަނަ ބައި"ގެ ގޮތުގައި ވަކި ބާބެއް އުފައްދައި، "ރައްކާތެރިކުރުމުގެ އަމުރު" ސުރުޚީގެ ދަށުންނެވެ. އަދި އެ ޤާނޫނުގެ 37 ވަނަ މާއްދާއިން 45 ވަނަ މާއްދާގެ ނިޔަލަށް ހިމެނެނީ، "އަށްވަނަ ބައި"ގައި، "އަވަސް އަމުރާގުޅޭ" ސުރުޚީގެ ދަށުންނެވެ. މި ދެބާބުގެ ޠަބިއްޔަތަށް ބަލާއިރު، ރައްކާތެރިކުރުމުގެ އަމުރަކީ ދެފަރާތުގެ ޙާޟިރުގައި ވާހަކަދެކެވި، ހުށަހަޅާ ކަންކަމުގެ މައްޗަށްބިނާކޮށް ނެރެދެވޭ އަމުރެކެވެ. އެއާޚިލާފަށް، އަވަސް އަމުރަކީ، އެ އަމުރު ނިސްބަތްވާ ފަރާތުގެ ޣައިރު ޙާޟިރުގައި، ހަމައެކަނި އަމުރަށްއެދޭ ފަރާތުގެ ހުށަހެޅުންތަކުގެ މައްޗަށްނެރެވޭ އަމުރެއްކަން އެނގެއެވެ.

99މި މައްސަލައާ ގުޅުންހުރި އަވަސް އަމުރު 1 އަށް ބަލާއިރު، އެ އަމުރު ނެރެފައިވަނީ، އެ އަވަސް އަމުރު ރައްދުވާ ފަރާތުގެ ޣައިރު ޙާޟިރުގައި، އާމިނަތުގ ހުށަހެޅުންތަކުގެ މައްޗަށް އެކަނި ބިނާކޮށްކަން އެނގެއެވެ. އަދި އަވަސް އަމުރު 1 އަށް އިތުރަށް ރިޢާޔަތްކުރުމުން، އެ އަމުރު ނިސްބަތްވާ ޒާހިރުއާއި ރައްކާތެރިކުރެވޭ ކުއްޖާއާ ބައްދަލުކުރުމުގެ ގަޑިތަކެއް ކަނޑައެޅުމުގައި ކޯޓުން ބަރޯސާވެފައިވަނީ ގެވެށި އަނިޔާގެ ޤާނޫނުގެ 31 ވަނަ މާއްދާއަށްކަން އެނގެއެވެ.

100މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ އަލީގައި، ގެވެށި އަނިޔާގެ ޤާނޫނުގެ ހަތްވަނަ ބަޔާއި އަށްވަނަ ބަޔަށް ބެލުމުން، އެ ދެ ބާބުގައިވަނ ދީ ބާވަތުގެ އަމުރާމެދު ޢަމަލު ކުރެވިދާނެ ގޮތްކަމަށް ދެކެމެވެ. އެގޮތުން، ހަތްވަނަ ބައިގައިވާ ރައްކާތެރިކުރުމުގެ އަމުރާއި، އަށްވަނަ ބައިގައިވާ އަވަސް އަމުރުގެ ޠަބިއްޔަތަށް ބަލާއިރު، އެ ދެ ބާވަތުގެ އަމުރާގުޅޭ އުޞޫލުތައް، ބަޔާންކޮށްފައިވަނީ ވަކި ދެ ބާބުގައިކަމަށްވެފައި، ދެ ބާވަތުގެ އަމުރާގުޅޭ ކަންކަން މަސްހުނިކޮށްގެން ތަޠުބީޤުކުރެވޭނެކަމަށް ނުދެކެމެވެ. މިސާލަކަށް، އަމުރު ރައްދުވާ ފަރާތުގެ ޣައިރު ޙާޟިރުގައި ނެރެވިދާފަދަ ރައްކާތެރިކުރުމުގެ އަވަސް އަމުރަކަށް އެދިފައިވާ ޙާލަތުގައި، ގެވެށި އަނިޔާގެ ޤާނޫނުގެ ހަތްވަނަ ބައިގައިވާ ރައްކާތެރިކުރުމުގެ އަމުރާގުޅޭގޮތުން ކަނޑައަޅާފައިވާ އުޞޫލުތައް، އަށްވަނަ ބައިގެ ދަށުން ހުށަހަޅާ އަވަސް އަމުރަކާމެދު ގޮތްނިންމުމުގައި ބޭނުމެއްނުކުރެވޭނެއެވެ.

101ކޯޓުތަކުގެ ޤާނޫނުގެ 77 ވަނަ މާއްދާއަކީ، އެ ޤާނޫނުގެ 7 ވަނަ ބާބުކަމުގައިވާ ޢާއްމު އިޖުރާއަތުތައާ ބަޔާންކުރާ ބާބުގައިވާ މައްދާއެކެވެ. ކޯޓުތަކުގެ ޤާނޫނުގެ 77 ވަނަ މާއްދާގައި ބުނެފައިވަނީ، ކޯޓަކުން ނިންމާ ނިންމުމަކަށް ޢަމަލުކުރުން ފަސްކުރުމަށް އެ ކޯޓަކުން ނުވަތަ އެ މައްސަލައެއް އިސްތިއުނާފުކުރާ ކޯޓަކުން ނާންގާހާ ހިނދަކު، ކޮންމެ ކޯޓެއްގެ ނިންމުމަކީ، ވެރިކަން ހިންގާ ފަރާތުންނާއި، ރައްޔިތުންގެ މަޖިލީހުންނާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުންނާއި، މުސްތަޤިއްލު މަޤާމުތަކުގައި ތިބިމީހުންނާއި، ދައުލަތުގެ މަޤާމުތަކާ ހަވާލުވެތިބި މީހުންނާއި، ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކުންނާއ އެންމެހައި ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމު ނިންމުމެއްކަމަށެވެ.

102ހުޅުމާލެ މެޖިސް ޓްރޭޓ ކޯޓުގް ނަންބަރު 621/HMC/2023 ޤަޟިއްޔާގެ ޙުކުމުގައި ޙަވާލާދީފައިވާ މެޖިސްޓްރޭޓް ކޯޓތަކުގު އާއިލީ އިޖުރާއަތުގެ އާ ޞުލުގެ 87 ވަނަ މާއްދާގެ (އ)ގައި، ފައިސާގެ ޢަދަދެއް ނުހިމެނޭ ޙުކުމެއް، އެ ޙުކުމް ތަންފީޒުކުރުން ލާޒިމުވާ ފަރާތުގެ އަމިއްލަ އިޚްތިޔާރުގައި ތަންފީޒުކޮށްފައި ނުވާނަމަ، ކޯޓު މެދުވެރިކޮށް ތަންފީޒުކުރާނެގޮތް ބަޔާންކޮށްފައިވެއެވެ. އެގޮތުން، އެ އުޞޫލުގެ 87 ވަނަ މާއްދާގެ (އ)ގެ 7 ވަނަ ނަންބަރުގައި، ދިވެހި ފުލުހުންގެ ޚިދުމަތް މެދުވެރިކޮށް ތަންފީޒު ކުރުމަށް އަމުރު ކުރެވިދާނެކަމަށް ބުނެފައިވެއެވެ.

103HN9މެޖިސްޓްރޭޓް ކޯޓު ތަކުގެ އާއިލީ އިޖުރާއަތުގެ އުޞޫލުގެ 1 ވަނަ މާއްދާގައި، އެ އުޞޫލަކީ، އއިލާއާބެހާ ގަވާއިދުގެ 75 ވަނަ މާއްދާގެ (ށ)ގެ ދަށުން އާއިލީ މައްސަލަތައް ބެލުމުގައި މެޖިސްޓްރޭޓް ކޯޓުތަކުން ޢަމަލުކުރާނެ އިޖުރާއަތު ބަޔާންކުރާ އުޞޫލެއްކަމަށް ބުނެފައިވެއެވެ. އަދި އެ އުޞޫލުގެ 2 ވަނަ މާއްދާގައި، މެޖިސްޓްރޭޓް ކޯޓުތަކަށް އިޚްތިޞާޞް ލިބިފައިވާ އާއިލީ މައްސަލަތައް ބަލައި ހިންގާނީ އެ އުޞޫލާ އެއްގޮތަށްކަމަށް ބުނެފައިވެއެވެ.

104ގަވާއިދު ނަންބަރު 99-2022/R "ޢާއިލާއާބެހޭ ގަވާއިދު"އަކީ، އާއިލާއާބެހޭ ޤާނޫނުގެ 72 ވަނަ މާއްދާގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ. އާއިލާއާބެހޭ ޤާނޫނުގެ 1 ވަނަ މާއްދާގެ (ހ)ގައި، އެ ޤާނޫނަކީ، ކާވެންޏާއި، ވަރިއާއި، އަނބިދަރިންނަށް ޚަރަދު ދިނުމާއި، ކުދިންގެ ޙަޟާނަތާއި، ބަލަދުވެރިކަމާއި، ދަރިލެއްވުމާއި، ނަސަބު ސާބިތުކުރުމާއި، އާއިލީ ދިރިއުޅުމ ގުޅިފައިވާ އެހެނިހެން ބައެއް ކަންތައްތަކާ ބެހޭގޮތުން، ދިވެހިރާއްޖޭގައި ޢަމަލުކުރާނޭ އުޞޫލުތައް ބަޔާންކޮށްފައިވާ ޤާނޫނެވެ.

105މެޖިސްޓްރޭޓް ކޯޓު ތަކުގެ ޢާއިލީ އިޖުރާއަތުގެ އުޞޫލަކީ، އާއިލާއާބެހޭ ގަވާއިދުގެ ދަށުން އެކުލަވާލާފައިވާ އުޞޫލަކަށްވއިރު، އާއިލާއާބެހޭ ގަވާއިދަކީ އާއިލާއާބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދެއްކަން އެނގެއެވެ. އާއިލާއާބެހޭ ޤާނޫނުގެ 1 ވަނަ މާއްދާއަށް ބެލުމުން، އެ ޤާނޫނުގެ ދާއިރާގެތެރޭގައި ހިމެނޭނީ ކާވެންޏާއި، ވަރިއާއި، އަނބިދަރިންނަށް ޚަރަދު ދިނުމާއި، ކުދިންގެ ޙަޟާނަތާއި، ބަލަދުވެރިކަމާއި، ދަރިލެއްވުމާއި، ނަސަބު ސާބިތުކުރުމާއި، އާއިލީ ދިރިއުޅުމ ގުޅިފައިވާ އެހެނިހެން ބައެއް ކަންތައްތކަނަ ބަޔާންކޮށްފައިވާއިރު، ގެވެށި އަނިޔާގެ ޢަމަލުތައް އާއިލާގެ ތެރޭގައި ހިނގުމުގެ ފުރުޞަތު އޮތްނަމަވެސް، ގެވެށި އަނިޔާގެ ޢަމަލުތަކުގެ މައްޗަށް އާއިލާއާބެހޭ ޤާނޫނުގެ މައުޟޫޢުގައި ހިމެނޭބާވަތުގެ ޙުޞޫމަތާގުޅޭ އުޞޫލެއް ހިނގާނެކަމަށް ބެލެވޭނެ ޤާނޫނީ އެއްވެސް ހަމައެއްނެތެވެ.

106ސަބަބަކީ، ގެވެށި އަނިޔާގެ ޤާނޫނުގެ 1 ވަނަ މާއްދާއަށް ބެލުމުން، ގެވެށި އަނިޔާގެ ޤާނޫނަކީ ގެވެށި އަނިޔާގެ ހުރިހާ ޢަމަލެއްގެ މައްޗަށް ހިނގާނެ ޚާއްޞަ ޤާނޫނެއްކަން އެނގތޭ އެވެ. ހަމައެއާއެކު، އެ ޤާނޫނުގެ 19 އިން 50 ވަނަ މާއްދާގައިވާ ކަންކަމަށް ޖުމްލަކޮށް ނަޒަރުކުރުމުން، އެ ޤާނޫނުގައި ގެވެށި އަނިޔާގެ މައްސަލައިގައި ޢަމަލުކުރަންޖެހޭ އިޖުރާއަތުތައް އެކަށައަޅާފައި ވާކަނވެސް ސާފުވެއެވެ.

107ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީ (1) (2021/SC-A/12) (މީގެފަހުން "ސައްމޙާ ފަތުޙީ މައްސަލަ"ކަމަށް ބުނެފައިވާ) ޤަޟިއްޔާގެ 26 ވަނަ ނުކުތާގައި، ޚާއްޞަ އުޞޫލުތަކެއް ޤާނޫނެއްގައި ކަނޑައަޅާފައިވަނީ، އެކަމުގެ ޚާއްޞަ މަޤުޞަދުތަކެއް އޮވެގެންކަމަށާއި، ޚާއްޞަ ޤާނޫނެއްގައި ކަނޑައަޅާފައިވާ ކަންކަމާއި، ޢާއްމު އިޖުރާއަތުގެ ޤާނޫނުތަކުގައިވާ ކަންކަމާ މަސްހުނި ނުކުރުމަކީ، ޚާއްޞަ ޤާނޫނެއް އޮތުމުގެ އެންމެ މުހިއްމު މަޤުޞަދުކަމަށް ބުނެފައިވެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުސް ސަލާމް (2021/SC-A/13) (މީގެފަހުން "ޢަބްދުސް ސަލާމް މައްސަލަ"ކަމަށް ބުނެފައިވާ) ޤަޟިއްޔާގެ 13 ވަނަ ނުކުތާއާއި، މަފތް ޙް ސަޢީދު ވ. ޕްރޫ ސިކިއުޓަރޮ ޖެނެރަލް (2021/SC-A/50) (މީގެފަހުން "މަފތް ޙް ސަޢީދު މައްސަލަ"ކަމަށް ބުނެފައިވާ) ޤަޟިއްޔާގެ 13 ވަނަ ނުކުތާއާއި، ޚާއްޞަ ޤާނޫނުގައިވާ އިޖުރާއަތުތައް ޢާއްމު ޤާނޫނުގެ މައްޗަށް އިސްކުރުމުގެ އުޞޫލު ބަޔާންކޮށްފައިވެއެވެ.

108HN8ގެވެށި އަނިޔާގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އަމުރުތަކާއި ނިންމުންތައް ތަންފީޒު ކުރަންޖެހޭގޮތަށް ބަލާއިރު، މި ނިނމުމުގް 62 ވަނަ ނުކތާގައިވު ކަންކަމަށް ބ ލުމުން، ގެވެށި އަނިޔާގެ ޤާނޫނުގައި، މަދަނީ ޠަބިއްޔަތުގ އުޞޫލުތަކުގެ އިތުރުން ޖިނާއީ ޠަބިއްޔަތުގެ އުޞޫލުތައް ޤާއިމުކޮށްފައިވާކަން އެނގެއެވެ. އަދި ގެވެށި އަނިޔާގެ ޤާނޫނުގެ 6 ވަނަ މާއްދާއަށް ނަޒަރުކުރުމުން، އެކަން އިތުރަށް ސާފުވާކަމަށް ދެކެމެވެ.

109ގެވެށި އަނިޔާގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ)ގައި، ތިރީގައިވާ ޢަމަލުތަކުގެ ތެރެއިން ޢަމަލެއް ކޮށްފިމީހާ އެކުރަނީ ޖިނާއީ ކުށެއްކަމަށް ބުނެފައިވެއެވެ.

1.109. ރައްކާތެރިކުރުމުގެ އަމުރަކާ ޚިލާފުވުން.

2.109. ރައްކާތެރިކުރުމުގެ އަމުރެއްގައި ބަޔާންވެގެންވާ ޝަރުޠަކާ އެއްގޮތަށް ޢަމަލުނުކުރުން.

3.109. ދިރިއުޅޭގެއާ ގުޅޭގޮތުން ކުރާ ކޯޓު އަމުރުތަކާއި، ޙަޟާނާތުގެ އަމުރު އަދި/ނުވަތަ ފައިސާގެ ބަދަލު ނަގައިދިނުމަށް ކުރާ ކޯޓު އަމުރުތަކާ ޚިލާފުވުން.

4.109. ރައްކާތެރިކުރުމުގެ އަމުރެއް މެދުވެރިކޮށް ވަކިގޮތަކަށް ވަކިކަމެއް ކުރުމަށް އަންގާފައިވަނިކޮށް، އެގޮތަށް އެކަމެއް ނުކުރުން.

110ގެވެށި އަނިޔާގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ށ) އިން (އ) އަށް ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި، ޤާނޫނުގައިވާ ކުށަށްދެވޭ އަދަބާއި، އެ ކުށްތަކާ ގުޅިގެން ޢަމަލުކުރަންޖެހޭ އުޞޫލުތައް ބަޔާންކޮށްފައިވެއެވެ.

111ގެވެށި އަނިޔާގެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ރ)ގައި، އެ ޤާނޫނުގެ ދަށުން ނެރެވޭ ކޯޓު އަމުރުތަކަކީ މުޅި ދިވެހިރާއްޖޭގައި ތަންފީޒުކުރެވޭނެ އަމުރުތަކެއްކަމަށް ބުނެފައިވުމުން، ތަންފީޒުގެ މައުޟޫޢުއާ ގުޅުންހުރި ކަންކަމުގައި، ކޯޓުތަކުގެ ޤާނޫނުގެ 77 ވަނަ މާއްދާގެ މައްޗަށް، ގެވެށި އަނިޔާގެ ޤާނޫނުގެ 24 ވަނަ މާއްދާ އިސްކުރަން ޖެހޭނެކަމަށް ދެކެމެވެ.

112މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 1 ވަނަ މާއްދާގައި، އެ ޤާނޫނަކީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުތަކާއި، އެ ޤާނޫނުތަކުން ބާރުލިބިގެންހަދާ ގަވާއިދުތައް ތަރުޖަމާކުރުމުގައި ނުވަތަ މާނަކުރުމުގައި ނުވަތަ ތަންފީޒު ކުރުމުގައި ރިޢާޔަތްކުރާ ޤާނޫނީ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުކަމަށް ބުނެފައިވެއެވެ. އަދ އެ ޤާނޫނުގެ 2 ވަނަ މާއްދާގައި، އެ ޤާނޫނުގެ މަޤުޞަދުގެ ތެރޭގައި، ޤާނޫނުތައް ވީހާވެސް އެއްގޮތަކަށް "ތަރުޖަމާކުރުމާއ މާނަކުރުމާއި ތަންފީޒުކުރުމުގެ އުޞޫލުތައް" އެކަށައެޅުމުގެ އިތުރުން، ޝަރުޢީ ކޯޓުތަކުން ޤާނޫނު މާނަކުރުމާއި ތަރުޖަމާކުރުމާއ ތަންފީޒުކުރުމުގައި ޢަމަލުކުރާނެ ހަމަތައް ބަޔާންކޮށް އަންގައިދިނުން ހިމނާފައިއޮތުމުނަ، ޤާނޫނު ތަރުޖަމާ ކުރުމުގެ އިތުރުން މާނަކުރުމުގެބާރު ދިވެހިރާއްޖޭގެ މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ). ކޯޓުތަކަށް ލިބިދީފައިވާކަން އެނގެއެވެ. މި މާއްދާތަކުގައި ޤާނޫނު "ތަރުޖަމާ"ކުރުމުގެ އިތުރުން ޤާނޫނު "މާނަކުރުން" ވަކިން ބަޔާންކޮށްފައިވަނީ، ޤާނޫނު މާނަކުރުމާއި ތަރުޖަމާކުރުން ދެ މަފްހޫމެއްގެ ގޮތުގައި ދިވެހިރާއްޖޭގައި އެކަށައެޅުމުގެ ބޭނުމަށްކަމަށް ދެކެމެވެ.

113ޤާނޫނު މާނަކުރުމާއި ތަރުޖަމާކުރުމުގައި ކޯޓުތަކުގެ ދައުރަކީ، ޤާނޫނުގެ މާއްދާތަކުގައިވާ ވަކިބަހާއި ޖުމްލަތަކުންކުރާ ދޭހަތަކާއި ކަނޑައެޅުންތަކަކީ، ރައްޔިތުންގެ މަޖިލީހުން ޤާނޫނުގެ މާއްދާތައް ފަރުމާކޮށް ލިޔުނު ނިޔަތާއި ބޭނުމާ އެއްގޮތަށް ތަންފީޒުކުރެވޭ މަގަކުން ޢަމަލުކުރުމަށް، އިރުޝާދުދީ، ކަނޑައަޅައި، އެންގުންކަމަށް ދެކެމެވެ. ކޮމަންލޯ ޖުރިސްޑިކްޝަންތަކުގައި ޤާނޫނު މާނަކުރުމާއި ޤާނޫނު ތަރުޖަމާ ކުރުމަކީ ދެކަމެއްކަމުގައި ވީނަމަވެސް، އޭގެފަރަގުގެ ދާއިރާ ވަރަށްހަންޏެވެ. މާނަކުރުމަކީ، ބަހެއް ނުވަތަ ޖުމްލައެއް ލިޔުނުމީހަކުގެ ފަރާތުން، އަނެކުން އެލިޔުމަކުން ދޭހަކުރުމަށް ގަސްދުކުރާ ފިކުރިއްޔާތަށް، ހަމައެފަދައިން އެނެކުން ވާސިލުވުމެވެ. ތަރުޖަމާ ކުރުމަކީ، މައުޟޫޢުއަކާ ގުޅޭގޮތުން ލިޔެފައިވާ ވާހަކަތަކުން ދޭހަކުރެވޭ ކަންކަމުގެ އިތުރަށް، ލިޔުމެއްގެ މަޤުޞަދާއި އުންޞުރުތަކުގެ އަލީގައި އެ މައުޟޫޢުއަކާ ގުޅޭގޮތުން ވާސިލުވެވޭ ނިންމުންތަކެވެ. މާނައަށް ބެލީމާވެސ މިއް ތަފާތު ދެ ނަތީޖާއެއް ނުކުންނަ ދެ ކަމެއްކަން އެނގެއެވެ. Interpretation. Construction. Francis Lieber, Legal and Political Hermeneutics (2nd edn, republished by Lawbook Exchange 2010) cited in Lawrence B Solum, 'Cooley’s Constitutional Limitations and Constitutional Originalism' [2020] 18(49) The Georgetown Journal of Law & Public Policy at p. 63. “...Interpretation is the act of finding out the true sense of any form of words, that is, the sense which their author intended to convey, and of enabling others to derive from them the same idea which the author intended to convey. Construction is the drawing of conclusions respecting sub-jects that lie beyond the direct expressions of the text, from elements known from and given in the text; conclusions which are in the spirit, though not in the letter of the text...”

114ޤާނޫނު ތަންފީޒުކުރުމުގައި، ޤާނޫނުހަދާ މަޖިލީހުން ޤާނޫނުގައި ލިޔެފައިވާ ބަހާއި ޢިބާރާތުގެ ލަފުޒީ ތަރުޖަމާކުރުމުގެ ތާރީޚެއްއޮތެވެ. ލަފުޒީ ތަރުޖަމާގެ ސަބަބުން ދެކޮޅުނުޖެހޭ ނަތީޖާއަކަށް ވާސިލުވިޔަސްމެއެވެ. އެފަދައިން ޢަމަލުކުރުމުގެ ބިނާއަކަށްވެފައިވީ، ޤާނޫނުހެދުމަކީ ކޯޓުގެ ބާރެއްކަމުގައި ނުވާތީކަމަށް ކރިންބެލެވިފައިވެއު ވެ. އެހެންނަމަވެސް، ފަހުގެ ތާރީޚުގައި، ޤާނޫނުގައި ލިޔެފައިވާ ބަހާއި ޢިބާރާތަށް ލަފުޒީ ތަރުޖަމާ ދިނުމުގެ ސަބަބުން، ނުކުމެދާނެ ނުރަނގަޅު ނަތީޖާތަކުން ކޯޓުތައް ދުރުވާން ފަށާފައިވެއެވެ. ލޯޑް ޑެނިންގގެ ވިސްނުމުގައި، ކޯޓުގައި ފަނޑިޔާރުން ތިބެނީ ޤާނޫނުހަދާ މަޖިލީހުން ލިޔެފައިވާ ޖުމްލަތއަ ދަމައި ކުދިކުދިކޮށް، އޭގެން ދެއުޅިއެއްނުވާ ދޭހަތައްކުރުމަށް ނޫންކަމަށާއި، ފަނޑިޔާރުންގެ ދައުރަކީ ޤާނޫނުހަދާ މަޖިލީހުގެ ނިޔަތާއި މަޤުޞަދު ދެނަގަނެ ތަންފީޒު ކުރުމަށްކަމަށާއި، އެކަންކުރެވޭނީ ހަމަނުޖެހޭ ތަރުޖަމާކުރުންތަކުގެ ބަދަލުގައި ޤާނޫނުގައިވާ ހުސްކަން ފޫބައްދައި، ޤާނޫނު ހަމަޖެއްސުމުމުގެ ތެރެއިންކަމަށް ބުނެފައިވެއެވެ.

115ޤާނޫނުހަދާ މަޖިލީހުގެ ނިޔަތްބެލުމުގެ މަފްހޫމަށް ރިޢާޔަތްކުރުމުގައި، އެ ޤާނޫނުގެ ތާރީޚު ނުވަތަ އައުޤާނޫނުނ ބަދަލުކުރަން ބޭނުންވާކަމެއ ނުވަތް އެކަށައަޅާ ދައުލަތުގެ މައިގަނޑު ސިޔާސަތަށް ބެލުމާއި، ޤާނޫނު ތަޠުބީޤުކުރުމުގައި ފުށުއަރާކަންކަން އޮމާންމަގަކަށ ފަހިވާގޮތަށް ތަރުޖަމާކުރުމާއި، އެފަދަ ތަރުޖަމާއަކަށ ކޮންމެހެން ބޭނުންވާ ޙާލަތުގައި ބޭނުންވާ މިންވަރަށް ތަޠުބީޤުކުރުން ހިމެނެއެވެ. އަދި މި މަފްހޫމްއާ ގުޅުންހުރި ދެ ނަޒަރިއްޔާތެއ އޮތްކަމަށް ކޮމަންވެލްތް ޖުރިސްޑިކްޝަންތަކުގެ ނިންމުންތަކުން ދައްކައެވެ.

116ފުތަރަމަ ނަޒަރިއްޔާއަކީ، ޤާނޫނުހަދާ މަޖިލީހުގެ ނިޔަތް ދެނެގަތުމުގައި "އޮރިޖިނަލިޒަމް" ނުވަތަ އަސްލިއްޔަތަށް ތަބާވުމަށް ބުރަވުމެވެ. އަސްލިއްޔަތަށް ތަބާވާ ޙާލަތުގައި، ޤާނޫނުގެ ތާރީޚާއި ޤާނޫނު Catherine Elliott and Frances Quinn, English Legal System (18th edn, Pearson 2017) at pp 55-61. Margor and St Mellons Rural District Council v Newport Corporation (1952). އެއިރަކު އެކުލަވާލި މަޤުޞަދަށްބަލައި، ޤާނޫނު ތަރުޖަމާކުރުމަށް ވަކާލާތު ކުރާއިރު، ޤާނޫނަށް ޢަމަލުކުރުމުގައި މުޖުތަމަޢގައު އުފެދި ގޮންޖެހުންތަކަށ ރިޢާޔަތްކުރުމުން ދުރުވުމަށް ބާރުއަޅައެވެ. ދވަނެ ނަޒަރިއްޔާއަކީ، "ޑައިނަމިކް" ނުވަތަ ބަދަލުކރަނު ވި މާނަކުރުމަކަށް ދިޔުމެވެ. އަސްލިއްޔަތާޚިލާފަށް، ޑައިނަމިކްކޮށް މާނަކުރުމުގައި، ޤާނޫނުއެކުލަވާލި މަޤުޞަދުގެ ތާރީޚަށް ބުރަވުމުގެ ބަދަލުގައި، ޒަމާނާއި މުޖުތަމަޢުގެ ނިޒާމު ޢާއްމަށް އަންނަބަދަލާއެކު، ޤާނޫނުހަދާ މަޖިލީހުން ޤާނޫނު އެކުލަވާލި މައިގަނޑު މަޤުޞަދަށް ރިޢާޔަތްކޮށް ޤާނޫނު ތަރުޖަމާކުރުމަށް ބާރުއަޅައެވެ. ޤާނޫނު ތަރުޖަމާކުރުމުގައި، ޤާނޫނު އެކުލަވާލި ޢާއްމު މަޤުޞަދު ނުގެއްލޭނެފަދައިން، އެހެންނަމަވެސް ޒަމާނަށް އަންނަބަދަލާއެކު އެ ޤާނޫނު ޢަމަލީގޮތުން ތަންފީޒުކުރުމަށް ފަހިވާގޮތަށް، ޤާނޫނު ތަރުޖަމާކުރުމަށ އިސްކަންދޭން ވާނެކަމަށް ދެކެމެވެ.

117ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތާރީޚުގައި ޤާނޫނުތައް ވުޖޫދުވަމުން އައިސްފައިވާގޮތާއި، މައުޟޫޢީ ސިޔާސަތާއި އިޖުރާއީ އުޞޫލުތައް ބަޔާންކުރާ ޤާނޫނުތައް އައިސްފައިވާގޮތާއި ތަރުތީބުތަކަށް ބަލާއިރު، އެހެން ގިނަޤައުމުތަކާ ޚިލާފަށް، މައުޟޫޢީ ޤާނޫނުތަކުގައި އިޖުރާއަތު ބަޔާންކޮށްފައި ހުރުމާއި، އިޖުރާއީ ޤާނޫނުތަކުގައި މައުޟޫޢީ ކަންކަން ބަޔާންކުރުމަކީ ދިވެހިރާއްޖޭގެ ޢަދުލުގެ ނިޒާމު ގަބޫލު ކުރަންޖެހިފައިވާ ޙަޤީޤަތެކެވެ. ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމު އުފެދިފައިވަނީ އެއިރަކަށް ބޭނުންވާގޮތަށް ސިޔާސަތު އެކުލަވާލައި، އެއިރަކަށް ބޭނުންވާ މިންވަރަށް ފާސްކުރާ ޤާނޫނެއް އެއިރަކު ތަންފީޒު ކުރެވޭގޮތަށެވެ. އަދި ފަހުންއަންނަ ޤާނޫނުތަކުން ކުރީގެ ޤާނޫނަކާހުރި ފުށުއެރުންތައް ހައްލުނުވެ، އެއްސިޔާސަތެއް ދެ ޤާނޫނެއްގައި އެއްއިރެއްގައި ދެމިއޮތުމަކީ މި ރާއްޖޭގެ ނިޒާމުގައި އައުކަމެއްނޫނެވެ.

118މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 6 ވަނަ މާއްދާގައިވާ މަޤުޞަދަށް ބެލުމުގެ އުޞޫލުގައިވަނީ، ކަނޑައެޅިގެން ވަކިބަހެއް، ނުވަތަ ޢިބާރާތެއް، ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާގޮތަށް ބެލެމުގެ ބަދަލުގައި، Randal N. Graham, ‘A Unified Theory of Statutory Interpretation’ (2002) 23 (2):91. Statute Law Review, pp. 2-34. އެ ޤާނޫނު ފާސްކުރުމުގައި ރައްޔިތުންގެ މަޖިލީހުން ގެންގުޅެފައިވާ މަޤުޞަދަށްބަލައި، އެ މަޤުޞަދު ދެނެގަތުމަށފަހު، އެ މަޤްޞަދާ އެއްގޮތަށް އަދި، މަޤުޞަދު ކުރިއެރުވޭގޮތަށ ބަހެއް ނުވަތަ ޢިބާރާތެއް ނުވަތަ ޖުމްލައެއް މާނަކުރުމެވެ. އަދި މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 10 ވަނަ މާއްދާގައި، ޤާނޫނުގެ މަޤުޞަދުތައ ދެނެގަތުމަށް ޤާނޫނުގް ސުރުޚީއާއި، ދީބާޖާގައިވާ މަފްހޫމާއި، ލިޔެއުޅުމުގެ ގަވާއިދުތަކުގެ އުޞޫލުތައް ބޭނުންކުރެވިދާނެކަމަށް ބުނެފައިވެއެވެ.

119މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 17 ވަނަ މާއްދާގައި، ޤާނޫނެއް މާނަކުރުމުގައި، އެ ޤާނޫނެއް އެކުލަވާލި މަޤުޞަދަށް، ނުވަތަ އެ ޤާނޫނުން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ހާސިލުވާނެގޮތަށ ޤާނޫން މާނަކުރުމަށް އިސްކަން ދޭންވާނެކަމަށާއި، މަޤުޞަދު ހާސިލު ނުވާގޮތަކަށް ޤާނޫނު މާނަކުރެވިގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ. ވީމާ، މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 6 ވަނަ މާއްދާއާއި 17 ވަނަ މާއްދާއަށް ރިޢާޔަތްކުރުމުން، ދިވެހިރާއްޖޭގެ ކޯޓުތަކުން ޤާނޫނު ލަފުޒީގޮތުން މާނަކުރުމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން ޤާނޫނު ވުޖޫދުކުރި މަޤުޞަދު ހާސިލުވާގޮތަށް ޤާނޫނު ތަރުޖަމާކުރުމަށް ބރުދީފައިވާކަނާ އެނގެއެވެ.

120ދިވެހިރާއްޖޭގެ ޢަދުލުގެ ނިޒާމުގެ ބޭނުމަށް، ޤާނޫނުތަކުގައިވާ ކަންކަން، މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގައިވާ ގޮތުގެމަތިން މާނަކުރުމުގައި ނުވަތަ ތަރުޖަމާ ކުރުމުގައި، ޢާއްމު އަދި ޚާއްޞަ ޤާނޫނާއި މާއްދާތައް އިސްފަސްއަތުރައި ތަރުތީބުކޮށް، ތަޠުބީޤުކޮށް ކިޔަންވާނީ، ދައުލަތުން އެ ޤާނޫނު އެކުލަވާލި މައިގަނޑު ސިޔާސަތާއި އެ ޤާނޫނެއް އެކުލަވާލެވުނު މަޤުޞަދު ހާސިލުވާގޮތަށެވެ. އެގޮތުން، މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ނ). މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ރ). މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 11 އަދި 12 ވަނަ މާއްދާ. މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 6 އަދި 17 ވަނަ މާއްދާ. އެއްސިޔާސަތެއް ތަންފީޒުކުރުމުގެ މަރުޙަލާއާއި އިޖުރާއަތުތައް އެކިޤާނޫނުގައި ހުރިނަމަވެސް، ސިޔާސަތުގެ ބޭނުމަށް ޤާނޫނީ އުޞޫލުތައް ތަރުޖަމާ ކުރަންވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަތަމާ މެރިން މައްސަލއިގައަ ކަނޑައަޅުއްވާފައިވާ ފަދައިން، އެއްރޮއްޖަކުން ވިޔެވިފައިވާ އެކަތިގަނޑެއްގެ ގޮތުގައި ބަލައިގެންކަމަށް ދެކެމެވެ. މިގޮތުގެމަތިން ޢަމަލުކުރުމުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ސައްމޙާ ފަތުޙީ މައްސަލައާއި، ޢަބްދުސް ސަލާމް މައްސަލައާއި، މަފތް ޙ ސަޢީދު މައްސަލއިގައަ ކަނޑައަޅުއްވާފައިވާ، ޚާއްޞަ ޤާނޫނަށް އިސްކަންދިނުމުގެ އުޞޫލަށްވެސ ރިޢާޔަތް ކުރަންޖެހޭނެކަމަށް ދެކެމެވެ.

121އެހެންކަމުން، ޤާނޫނު މާނަކުރުމާއި ތަރުޖަމާކުރުމުގެ ތެރެއިން، ޤާނޫނު ތަންފީޒުކުރުމުގައި އުފެދޭ ސުވާލާއި ބަހުސްތަކަށް، ޤާނޫނު ވުޖޫދުކުރ އަދި މުޖުތަމަޢުއަށް ޤާނޫނުން ހޯދައިދިނުމަށް ޤާނޫނުހަދާ މަޖިލީހުން ގަސްދުކުރި ތަޞައްވުރާއި ނިޔަތާ ވީހާވެސްގާތް ހައްލު ހޯދއިދިނުމަކަ ކޯޓުތަކުގެ ޒިއްމާއެއްކަމަށް ދެކެމެވެ.

122ގެވެށި އަނިޔާގެ ޤާނޫނުގެ 18 ވަނަ މާއްދާގައި، ރައްކާތެރިކުރުމުގެ އަމުރަށް ޙަވާލާދީފައިވާއިރު، އެ ޤާނޫނުގެ 37 ވަނަ މާއްދާގައި، އަމުރު ރައްދުވާ ފަރާތުގެ ޣައިރު ޙާޟިރުގައި ނެރެވޭ އަވަސް އަމުރުގެ އުޞޫލުތައް ބަޔާންކޮށްފައިވެއެވެ. ގެވެށި އަނިޔާގެ ޤާނޫނުގެ 35 ވަނަ މާއްދާއަށް ރިޢާޔަތްކުރުމުން، ގެވެށި އަނިޔާގެ ޤާނޫނުގެ ދަށުން ކޮށްފައިވާ އަމުރަކާ ޚިލާފުވުމަކީ ކުށެއްކަމަށް ކަނޑައަޅާފައިވެއެވެ.

123ބުނެވިދިޔަ ޤާނޫނީ އުޞޫލުތަކުގެ އަލީގައި، ގެވެށި އަނިޔާގެ ޤާނޫނުގެ 35 ވަނަ މާއްދާގެ ނަތީޖާއަކަށްވާނީ، ގެވެށި އަނިޔާގެ ޤާނޫނުގެ ޚާއްޞިއްޔަތަށާއި، އެ ޤާނޫނުގެ މަޤުޞަދަށާއ ޤާނޫނި ތަންފީޒުކުރުމުގެ ތަޞައްވުރަށް ބަލާއިރު، ޤާނޫނުހަދާ މަޖިލީހުން އެ މާއްދާގެ ދަށުން އެކަށައަޅާފައިވާ އިޖުރާއަތަކީ، ގެވެށި އަނިޔާގެ އަމުރަކާ މީހަކު ޚިލާފުވުމުން، އަމުރާ ޚިލާފުވުމުގެ އެފަދަ މައްސަލަތައް، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއަށް ވަނުންކަމަށް ދެކެމެވެ. މިފަދައިން ތަރުޖަމާކުރުމަށ އިތުރަށް ބާރުލިބިދޭ ސަބަބުގެ ތެރޭގައި، ގެވެށި އަނިޔާގެ އަމުރުތަކުގައި ގެވެށި އަނިޔާގެ ޢަމަލުތަކާގުޅޭ އެންގުންތަކުގެ އިތުރުން، އެ އަމުރު ތަންފީޒުކުރުމަށް ފުލުހުންގެ މައްޗަށް އަމުރކުރުނު ހިމެނފައިވުމުން، ގެވެށި އަނިޔާގެ ޤާނޫނުގެ ތަޞައްވުރަކީ އަމުރާ ޚިލާފުވުމާއެކު، އިތުރު މައްސަލައެއް ހުށަހަޅައި އެކަމުގައި ވަގުތުހޭދަކުރުމުގެ ބަދަލުގައި، އހައެހިސާބުން ފުލުހުން މެދުވެރިކޮށް ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ފަސޭހަ ހައްލެއް ހޯދޭނެތީއެވެ.

124އިސްތިއުނާފީ މައްސަލައާއި، އެ ޤަޟިއްޔާއާއެކު ހިންގުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އިދާރީގޮތުން ނިންމާފައިވާ މައްސަލަތަކާއި އެ ޤަޟިއްޔާތަކާ ގުޅުންހުރި ދަށުކޯޓުގެ ޤަޟިއްޔާތައް ގިނަވެފައި، ލިޔުންތަކުންއަރާ އޮޅުންބޮޅުން ކުޑަކޮށް، މިހައިހިސާބަށް ކަންހިނގާފައިވާގޮތުގެ ތަރުތީބު ސާފުވާގޮތަށް ބަޔާންކުރުމާއެކު، ބުނެވިދިޔަ ޤާނޫނީ އުޞޫލުތަކުގެ އަލީގައި ފާހަގަކުރެވޭ އިތުރކަންކަނު ތިރީގައި

125އާމިނަތުގެ ފަރާތުން ރައްކާތެރިކުރުމުގެ އަވަސް އަމުރަކަށްއެދި، 01 ފެބްރުއަރީ 2023 ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅުމުން، އެ ކޯޓުގެ ނަންބަރު 85/HMC/2023 ޤަޟިއްޔާއިން މައްސަލަ ބެލުމަށް ރަޖިސްޓަރީ ކޮށްފައިވެއެވެ. އެ ޤަޟިއްޔާގެ ތެރެއިން އެ ކޯޓުގެ ނަންބަރު 2/HMC/2023 "ގެވެށި އަނިޔާއިން ރައްކާތެރި ކުރުމުގެ އަވަސް އަމުރު" (03 ފެބްރުއަރީ 2023) ނެރެފައިވަނީ، ގެވެށި އަނިޔާގެ ޤާނޫނުގެ 1، 2، 3، 4، 24، 26، 28، 37، 31، 39 އަދި 40 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ކަމަށްވާއިރު، އެ މައްސަލަ ނިންމާފައިވަނީ 03 ފެބްރުއަރީ 2023 ދުވަހުކަން، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ. އަދި އެ އަވަސް އަމުރަކީ، ގެވެށި އަނިޔާގެ ޤާނޫނުގެ 37 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އިސްތިއުނާފު ރައްދުވާ ފަރާތުގެ ޣައިރު ޙާޟިރުގައި ނެރެފައިވާ އަމުރއްކަނެވެސް އެނގެއެވެ. މި ނިންމުމުގައި "އަވަސް އަމުރު 1"ގ ގޮތުގައެ ޙަވާލާދީފައިވާ.

126ބުނެވިދިޔަ އަވަސް އަމުރަ ށއެދް ހުށަހަޅާފައިވާ ކަންކަމާއި ހެއްކަށް ރިޢާޔަތްކޮށް، އަވަސް އަމުރެއް ނެރެންޖެހޭފަދަ ޙާލަތެއް އޮތްކަމަށް ޝަރީޢަތަށް ގބޫލުކުރެވޭކަމަށް، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 85/HMC/2023 ޤަޟިއްޔާގެ 8 ވަނަ ނުކުތާގައި ކަނޑައަޅާފައިވެއެވެ. އަދި އަވަސް އަމުރު 1 ނެރުމުގައި، ގެވެށި އަނިޔާގެ ޤާނޫނުގެ 22 ވަނަ މާއްދާއާއި 31 ވަނަ މާއްދާއާގުޅޭ ހުށަހެޅުންތަކަށް ރިޢާޔަތްކޮށް، އެ މާއްދާތަކާ ގައު ބަޔާންކޮށްފައިވާ ޝަރުޠުގެ އިތުރުން، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ފަދައިން، ޚާއްޞަ ޝަރުޠެއް ކަނޑައަޅަންޖެހޭފަދަ މަޙައްލެއް ޤާއިމުވެފައިވާކަމަށް ޝަރީޢަތަށް ބުރަވެވޭކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން، ގެވެށި އަނިޔާގެ ޤާނޫނުގެ 31 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މި ދެމީހުންނަށް ލިބިފައިވާ ދަރިފުޅާ ބައްދަލުކުރުމަށް ޝަރުޢީ ކޯޓަކުން ވަކިގޮތެއް ކަނޑައަޅަންދެން، ކުއްޖާގެ މަންމަގެ ހުއްދަ ލިބިގެންމެނުވީ ކުއްޖާ ނުގެންދިޔުމަށާއި، ކުއްޖާގެ މަންމަގެ ފޯނުނަންބަރަށް، ކޮންމެ ދުވަހަކު 16:00 އާއި 18:00 އާދެމެދު ވަގުތުގައި ގަޅު އިގެން ބައްދަލުކުރުމަށަ އިސްތިއުނާފު ރައްދުވާ ފަރާތަށް އަންގައި، އެ ނޫންވެސް ގެވެށި އަނިޔާގެ ޢަމަލެއް ނުހިންގުމަށް އަމުރުކުރުމުގެ އިތުރުން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން، އެ އަމުރު ތަންފީޒު ކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

127ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 85/HMC/2023 ޤަޟިއްޔާގެ، އިސްތިއުނާފުކުރާ ފަރާތުގެ "ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށްއެދި ހުށަހަޅާ ފޯމު"ގައި، ގެވެށި އަނިޔާގެ ޤާނޫނުގެ 31 ވަނަ މާއްދާގެ (ހ)އަށް ރިޢާޔަތްކޮށް، ރައްކާތެރިކުރުމުގެ އަވަސް އަމުރުގެ ޒަރިއްޔާއިން، ދަރިފުޅާއި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 85/HMC/2023 ޤަޟިއްޔާގެ ނުކުތާ 3.11 އިން 3.15 އަށް އަދި ނުކުތާ 7 ގައި ބަޔާންކޮށްފައިވާ ކަންކަން. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 85/HMC/2023 ޤަޟިއްޔާގެ ނުކުތާ 8 ގައި ބަޔާންކޮށްފައިވާ ކަންކަން. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ "ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށްއެދި ހުށަހަޅާ ފޯމު" (30 ޖަނަވަރީ 2023)ގެ "ފާހަގަ ޖަހާފައިވާ ގެވެށި އަނިޔާގެ ޢަމަލު ނުވަތަ ހާދިސާ ހިނގާފައިވާގޮތުގެ ތަފުސީލު "ގެ ނުކުތާ 1. އިސްތިއުނާފުކުރާ ފަރާތާ އެއްޙާޟިރެއްގައި، ހަމައެކަނި ފޯނު މެދުވެރިކޮށް ވާހަކަދެއްކުމަށް ވަކިގަޑިއެއް ކަނޑައަޅައި ދިނުމަށް އެދިފައިވެއެވެ.

128މި ނިންމުމުގެ 100 ވަނަ ނުކުތާގައި އަވަސް އަމުރު 1 ގައި، ރައްކާތެރިކުރުމުގެ އަމުރާގުޅޭގޮތުން ގެވެށި އަނިޔާގެ ޤާނޫނުގެ 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޤާނޫނީ އުޞޫލެއް، އެ ޤާނޫނުގެ އަށްވަނަ ބައިގައިވާ އަވަސް އަމުރަކާގުޅިގެން ގޮތްނިންމެވުމުގައި ބޭނުންކޮށްފައިވަނީ ޤާނޫނީ އުޞޫލުތކަ ޚިލާފަށްކަމަށްދެކޭ ސަބަބުތައް ބަޔާންކޮށްފައިވާނެއެވެ. މި އިސްތިއުނާފީ މައްސަލަތަކުގެ ޚުޞޫމަތްތަކާއި އޮޅުންބޮޅތަކުގު އެއްއަސްލަކީ މިއީކަމަށްވެސް ބެލެވެއެވެ.

129ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 85/HMC/2023 ޤަޟިއްޔާގައި ނެރެފައިވާ އަވަސް އަމުރުގައި، އިސްތިއުނާފު ރައްދުވާ ފަރާތުން، މި ދެމީހުންނަށް ލިބިފައިވާ ދަރިފުޅާ ބައްދަލު ކުރަންޖެހޭގަޑި ކަނޑައަޅާފައިވަނީ ގެވެށި އަނިޔާގެ ޤާނޫނުގެ 31 ވަނަ މާއްދާއާ އެއްގޮތަށްކަމާމެދ ސުވާލު އުފެދޭކަމަށް ދެކެމެވެ.

130ގެވެށި އަނިޔާގެ ޤާނޫނުގެ 31 ވަނަ މާއްދާގެ (ހ) އަދި (ޅ)އަށް ރިޢާޔަތްކޮށް، ގެވެށި އަނިޔާގެ އަމުރެއްގެ ތެރެއިން ޚާއްޞަ ޝަރުޠުގެ ގޮތުގައި، ޒިޔާރަތްކުރުމުގެ ޙައްޤު ލިބިގެންވާކަން ނުވަތަ ނޫންކަން ކަނޑައެޅިދާނެއެވެ. އެހެންނަމަވެސް، ގެވެށި އަނިޔާގެ ޤާނޫނުގެ 31 ވަނަ މާއްދާގެ ދަށުން، އަވަސް އަމުރު 1 އާގުޅޭގޮތުން، އެ ޤާނޫނުގެ 31 ވަނަ މާއްދާގެދަށުން ޚާއްޞަ ޝަރުޠުހިމަނައި، ގޮތެއްނުނިންމޭނެ ސަބަބުތައް މަތީގައި ބަޔާންކުރެވިއްޖެއެވެ.

131މީގެއިތުރުން، ކުއްޖާއާ ފޯނުންގުޅައިގެން ނުވަތަ އެއްޙާޟިރެއްގައިވިޔަސް، ބައްދަލުކުރުމުގެ ދުވަހާއި ވަގުތުތައް ތަފސު ލުކޮށް، ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރެއިން ގޮތްކަނޑައެޅުމުގެ ނަތީޖާއަކަށްވާނީ، ގެވެށި އަނިޔާގެ ޤާނޫނުގެ 31 ވަނަ މާއްދާގެ ތަރަހައާއި، ގެވެށި އަނިޔާގެ ޢަމަލުތަކުގެ ދާއިރާއިން ބޭރުން، ދަރިފުޅާ ބައްދަލުކުރުމުގެ ޝަކުވާގެ ބަހުސްތަކުގގޮތުގައެ މައްސަލތައަ ބައްޓަންކޮށް، ގެވެށި އަނިޔާގެ މައުޟޫޢީ މައްސަލަތަކުގެ ތެރެއިން އާއިލީ އެހެން މައްސަލަތަކުގެ ޚުޞޫމަތުތަކުގައި ކޯޓުން ގޮތްކަނޑައެޅުމުގެ ބަންދުނުކުރެވޭފަދަ ދޮރެއް ހުޅުވިގެން ދިޔުންކަމަށް ދެކެމެވެ. މިއީ ގެވެށި އަނިޔާގެ ޤާނޫނުގެ މަޤުޞަދތައު ހާސިލުކުރުމަށް ހުރަސްއެޅޭނެ މާނަކުރުމެއް ކަމަށްވެސް ދެކެމެވެ. އިސްތިއުނާފީ މި މައްސަލައިގއިވަ ޙާލަތުގައި ކަންވީވެސް އެހެންނެވެ.

132ބުނެވިދިޔަ އަވަސް އަމުރު 1 ބާޠިލު ކުރުމަށްއެދި 19 މާރޗް 2023 ދުވަހު ޒާހިރުގެ ފަރާތުން ހުށަހެޅި މައްސަލަ ބަލާފައިވަނީ، އެ ކޯޓުގެ ނަންބަރު 620/HMC/2023 ޤަޟިއްޔާއިންނެވެ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 206/HMC/2023 ޤަޟިއްޔާގެ ނުކުތާ 3.3 ގައި، އެ މައްސަލައަކީ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 85/HMC/2023 ޤަޟިއްޔާގައި ނެރެފައިވާ، އެ ކޯޓުގެ ނަންބަރު 2/HMC/2023 އަވަސް އަމުރު ބާޠިލުކުރުމަށް، ނުވަތަ އެ އަމުރުގައިވާ ބައެއްޝަރުޠު އުނިކުރުމަށް، ނުވަތަ އަމުރު ން އަންގާފައިވާގޮތަށ ބަދަލުގެނެސް ވަކިގޮތަކަށް އިރުޝާދު ދިނުމަށްއެދި، އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައެއްކަމަށް ބުނެފައިވެއެވެ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 620/HMC/2023 ޤަޟިއްޔާގައި، އެ ކޯޓުގެ އަވަސް އަމުރު 1 ބާޠިލު ކުރާނެތަނެއް ނެތްކަމަށް، 23 އޮގަސްޓު 2023 ދުވަހު ކަނޑައަޅާފައިވެއެވެ.

133HN5ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން 03 ފެބްރުއަރީ 2023 ދުވަހު ނެރުއްވާފައިވާ، އެ ކޯޓުގެ އަވަސް އަމުރު 1 އަށް 3 (ތިނެއް) މަސްދުވަސް ހަމަވާނީ، 03 މެއި 2023 ދުވަހުކަމަށް ބެލެވެއެވެ. ގެވެށި އަނިޔާގެ ޤާނޫނުގެ 38 ވަނަ މާއްދާގެ (ހ)އަށް ނަޒަރު ކުރުމުން، ބުނެވިދިޔަ އަވަސް އަމުރު 1 އަކީ، ވަގުތީ އަމުރެއްކަމާއި، އެ އަމުރު ނިމުމަކަށް ނުގެންނަހައި ހިނދަކު، އެ އަމުރުގެ މުއްދަތަކީ 3 (ތިނެއް) މަސްދުވަސްކަން އެނގެއެވެ. އަދި ގެވެށި އަނިޔާގެ އަވަސް އަމުރެއް ނިމުމަކަށް ގެނެސްފައި ނުވާނަމަ، ނުވަތަ އަމުރު ނިސްބަތްވާ ފަރާތުން މައްސަލައެއް ހުށަހަޅާފައި ނުވާނަމަ، އެ ޤާނޫނުގެ 38 ވަނަ މާއްދާގެ ދަށުން، އެ އަމުރު ދާއިމީ އަމުރަކަށް ބަދަލުވާނެކަމަށް ބުނެފައިވެއެވެ.

134HN6ގެވެށި އަނިޔާގެ އަވަސް އަމުރު ބާޠިލު ކުރުމަށްއެދި ހުށަހަޅާ މައްސަލަތަކާގުޅިގެން ފެމިލީ ކޯޓުން ޢަމަލު ކުރަމުންދާގޮތަށް ބަލާއިރު، އަވަސް އަމުރެއް ބާޠިލުކުރުމަށް ހުށަހެޅޭ މައްސަލަތަކުގައި ނިންމަވާފައިވަނ އަވަސް އަމުރު ބާޠިލުކުރުމަށް ނުވަތަ ބާޠިލު ކުރަންޖެހޭފަދަ ސަބަބެއް ނެތްކަމަށެވެ. ގެވެށި އަނިޔާގެ އަމުރު ބާޠިލު ކުރުމަށް ހުށަހަޅާ މައްސަލައިގެ ތެރެއިން، ކުރިންނެރެފައިވާ އަވަސް އަމުރުގައި ޢަމަލުކުރަން އިރުޝާދު ދީފައިވާގޮތަށް ބަދަލެއްނުގެނެއެވެ. އަމުރަށް ބަދަލުގެނައުމަށް ނުވަތަ އަމުރުގެ މުއްދަތު ބަދަލުކުރުމުގެ މައްސަލަތައް ފެމިލީ ކޯޓުން ބައްލަވާފައިވަނީ، އަމުރު ބާޠިލުކުރުމުގެ މައްސަލަތަކާ ވަކިން، އިތުރު ބާވަތެއްގެ މައްސަލައެއްގެގޮތުގައި އިދާރީގޮތުން ރަޖިސްޓރަ ކޮށްގެންނެވެ.

135ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 620/HMC/2023 ޤަޟިއްޔާއިން ބެއްލެވި، އަވަސް އަމުރު 1 ބާޠިލުކުރުމުގެ މައްސަލައިގައި، ކުރިންނެރުނު އަވަސް އަމުރު ބާޠިލު ނުކުރުމަށް ކަނޑައަޅުއްވާފައިވަނީ، އަވަސް އަމުރު ނެރުނުތާ 3 (ތިނެއް) މަސްދުވަސް ހަމަވުމަށްފަހު، 23 އޮގަސްޓު 2023 ދުވަހުއެވެ. އަދި އަވަސް އަމުރު 1 އަށް ބަދަލު ގެނައުމަށްފަހު، އަވަސް އަމުރު 1ގައި ނަންބަރު ދީފައިވާފަދައިން އައުނަންބަރެއްދީ، އިސްލާޙު ކޮށްފައިވާ އަމުރެއްގެ ސިފައިގައި ކަންކަން ސާފުވާގޮތަށް އަމުރެއް ނެރއްވު ފައިނުވެއެވެ. މިހިސާބުން އެ ކޯޓުގެ ނަންބަރު 2/HMC/2023 އަވަސް އަމުރު 1 އަކީ، ގެވެށި އަނިޔާގެ ޤާނޫނުގެ 38 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދާއިމީ އަމުރެއްތޯ ނުވަތަ ނޫންތޯއާއި، ކުރިން ނެރެފައިވާ އަމުރު ދާއިމީވީ ކޮންތާރީޚަކުން ފެށިގެންކަމާމެދު ސުވާލުއުފެއްދުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ. ގެވެށި އަނިޔާގެ ޤާނޫނުގެ ދަށުން ނެރެފައިވާ އަވަސް އަމުރެއް ބާޠިލުކުރުމަށްއެދި ހުށަހަޅާ މައްސަލަތަކުގައި، ފެމިލީ ކޯޓުން ޢަމަލުކުރައްވާގޮތަށް، ގެވެށި އަނިޔާގެ ޤާނޫނުގެ 38 ވަނަ ފެމިލީ ކޯޓުގެ ނަންބަރު C/2024-1361/FM ޤަޟިއްޔާއާއި، C/2023-1242/FM ޤަޟިއްޔާއާއި، C/2022-1839/FM ޤަޟިއްޔާއާއި، -FM/926 2C/202 ޤަޟިއްޔާއާއި، C/2022-885/FM ޤަޟިއްޔާގެ ނިންމުން. ފެމިލީ ކޯޓުގެ ނަންބަރު 5C/202-FM/771 ޤަޟިއްޔާއާއި، C/2023-572/FM ޤަޟިއްޔާއާއި، C/2022-2245/FM ޤަޟިއްޔާއާއި، -771/FM C/2025 ޤަޟިއްޔާގެ ނިންމުން. މާއްދާގައިވާ 3 (ތިނެއް) މަސްދުވަސް ހަމަވުމުގެކުރިން، އަމުރު ބާޠިލުކުރުމަށް ނުވަތަ ދެމެހެއްޓުމާމެދު ގޮތެއްނިން މުމުން، އިތުރު އޮޅުންނާރައި، ޤާނޫނުގެ މަޤުޞަދު ހާސިލުކުރުމަށް މަގުފަހިވާނެކަމަށް ދެކެމެވެ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 206/HMC/2023 ޤަޟިއްޔާގައި ގޮތެއްނިންމެވުމަށް 3 (ތިނެއް) މަސްދުވަހަށްވުރެ އިތުރުވެފައިވާކަނ ލިޔުންތަކުން އެނގެއެވެ.

136ގެވެށި އަނިޔާގެ ޤާނޫނުގެ 31 ވަނަ މާއްދާގައިވަނީ އަމުރުގައި ކަނޑައެޅިދާނެ ޚާއްޞަ ޝަރުޠުތަކުގެ ވާހަކައެވެ. އެ ޤާނޫނުގެ 33 ވަނަ މާއްދާގައިވަނީ ރައްކާތެރިކުރުމުގެ އަމުރަށް ބަދަލު ގެނައުމުގެ ވާހަކައެވެ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 206/HMC/2023 ޤަޟިއްޔާގައި، ގެވެށި އަނިޔާގެ ޤާނޫނުގެ 31 ވަނަ މާއްދާގެ (ހ)އާއި، 33 ވަނަ މާއްދާގެ (ހ) އަދި (ރ)އަށް ރިޢާޔަތްކޮށް، އަވަސް އަމުރަށް ބަދަލު ގެނެސްފައިވަނީ އެ ޤަޟިއްޔާގެ ޙުކުމުގައެވެ. އަދި ވަކިނަންބަރެއްދީ އަމުރު ނެރުމުގެ ބަދަލުގައި، ޙުކުމުން އަމުރަށް ބަދަލުގެނައުމުން، އަމުރު ނެރުމަށް ރިޢާޔަތްކުރެއްވި ޤާނޫނީ ބިނާތަކާއި ތަފުސީލީ ސާފުނުވާއިރު، އަމުރުގެ ވަގުތީ ޠަބިއްޔަތު ބަދަލުވެފައިވާކަން ނުވަތަ ނޫންކަމާމެދުވެސް ސުވާލު އުފެއްދުމުގެ ފުރުޞަތު ހުޅުވިގެން ގޮސްފައިވެއެވެ.

137ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 620/HMC/2023 ޤަޟިއްޔާގެ ޙުކުމުން، އަވަސް އަމުރު 1 އަށް ގެނެވުނު ބަދަލުގެ ޤާނޫނީ ނަތީޖާއަށް ރިޢާޔަތްކުރާއިރު، އިސްތިއުނާފު ރައްދުވާ ފަރާތގު ޢަމަލުތަކުން އާމިނަތުއާއި ކުއްޖާ ގެވެށި އަނިޔާއިން ރައްކާތެރި ކުރަންޖެހޭކަމަށް ކޯޓުން ނިންމެވުމުގައި ވާސިލުވި ސަބަބުތައް ބިނާކޮށްފައިވާ، ގެވެށި އަނިޔާގެ ޤާނޫނުގެ 1، 2، 3، 4، 24، 26، 28، 37، 31، 39 އަދި 40 ވަނަ މާއްދާގައިވާ ކަންކަން އަދިވެސް އެގޮތުގެމަތިން ޤާއިމުވެ ދެމިއޮތުން ހިމެނޭކަމަށް މި ޙާލަތުގައި ޤާނޫނީގޮތުން ބަލަންޖެހެއެވެ. މާނައަކީ، ޒާހިރުގެ ކިބައިން އާމިނަތުއަށް ލިބިދާނެ ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގައި ކޯޓުން އަންގާގޮތަށް ޒާހިރު ޢަމަލު ކުރަންޖެހޭ ޙާލަތު، އެގޮތުގެމަތިން ދެމިއޮތުމުގެ އިތުރުން، ވަގުތީ އަމުރު 1 އަށް ދާއިމީ އަމުރުގެ ހައިސިއްޔަތު، އެ ހިނދަށް ލިބިފައިވާކަމަށް ބަލަންޖެހޭކަމަށް ދެކެމެވެ. އަދި މިނޫންގޮތަކަށް ތަރުޖަމާކޮށްފިނަމ ޤާނޫނުގަ މަޤުޞަދާ ޚިލާފުވާނެކަމަށވެސް ދެކެމެވެ. ސަބަބަކީ، ގެވެށި އަނިޔާގެ ޢަމަލު ހިންގާކަމަށްބެލެވޭ މީހުންގެ ފަރާތުން، އެމީހުންގެ މައްޗަށް ރައްދުވާ ވަގުތީ ޠަބިއްޔަތުގެ އަވަސް އަމުރު ބާޠިލު ކޮށްދިނުމަށްއެދި ހުށަހެޅުމުން، އެފަދަ އަމުރަކާމެދު ޝަރީޢަތުން ގޮތްނިންމުން 3 (ތިނެއް) މަސްދުވަހަށްވުރެ ލަސްވާ ޙާލަތުގައި، އަމުރު ބާޠިލުވާކަމަށް ބަލައިފިނަމަ، ގެވެށި އަނިޔާގެ ޤާނޫނުގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ލިބިދީފައިވާ ހުރިހާ ރައްކާތެރިކަމެއް ގެއްލުމުގެ އިތުރުން، އެ ޤާނޫނު ވުޖޫދުކުރި މަޤުޞަދު އެއްވެސް މިންވަރަކަށް ހާސިލުނުވާނތީއެވެ.

138އޭގެއިތުރުން، ގެވެށި އަނިޔާގެ އަވަސް އަމުރު ބާޠިލު ކުރުމަށްއެދި ހުށަހަޅާފައިވާ މައްސަލައެއްގެ ތެރެއިން، ގެވެށި އަނިޔާގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން އަމުރަށް ބަދަލު ގެނައުމުގެ ޤާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފެދޭއިރު، ފެމިލީ ކޯޓުން ޢަމަލުކުރަމުން ގެންދަވާ އުޞޫލުން، އެއިރަކު ކޯޓަށް ހުށަހަޅާފައިވާ މައްސަލައާމެދު ގޮތެއްނިންމަވާ ނަމަ، ކޯޓުގެ އެންގުންތައް ތަންފީޒު ކުރުމުގައި އޮޅުންއެރުން މަދުކުރެވޭނެކަމަށް ދެކެމެވެ.

139ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 206/HMC/2023 ޤަޟިއްޔާގެ ޙުކުމުން، އަވަސް އަމުރު 1ގެ ޤާނޫނީ ބިނާތައް އެގޮތުގެމަތިން ދެމިއޮތްނަމވެސް، ގެވެށި އަނިޔާގެ އަވަސް އަމުރުގައި ހިމެނޭ ފަރާތްތައް، 03 ފެބްރުއަރީ 2023 ދުވަހު ޢަމަލުކުރުމަށް ކޯޓުން ކުރިން އަންގާފައިވާގތަށޮ ބަދަލް ގެނަންޖެހޭކަމަށް ބެލެވިގެން، ގެވެށި އަނިޔާގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، 23 އޮގަސްޓު 2023 ދުވަހުން ފެށިގެން ދެފަރާތުން ޢަމަލު ކުރަންޖެހޭގޮތް ބަދަލު ކުރައްވާފައިވަނީވެސް ޤާނޫނީ އުޞޫލާ ޚިލާފަށްކަމަށް ދެކެމެވެ. އެހެނީ، ގެވެށި އަނިޔާގެ ޤާނޫނުގެ 33 ވަނަ މާއްދާއާ ޙަވާލާދެއްވައި، އެ ޤާނޫނުގެ 31 ވަނަ މާއްދާގައި ވާގޮތުގެމަތިން "ޚާއްޞަ ޝަރުޠު"އަށް ބަދަލް ގެނެސްފައިވާކަމަށް އެ އަމުރުން ދޭހަކުރެވޭއިރު، އާމިނަތުއާއި ޒާހިރުއަށް ލިބިފައިވާ ދަރިފުޅާ ބައްދަލުކުރުމުގެ ވަގުތު ކަނޑައެޅުމަކީ، މި ނިންމުމުގެ 100 ވަނަ ނުކުތާގައިވާ ސަބަބުތަކަށް ބަލާއިރު، އަވަސް އަމުރަކާ ގުޅުންހުރި އުޞޫލަކަށް ނުވާއިރު، މި ނިންމުމުގެ 131 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ފަދައިން، ގެވެށި އަނިޔާގެ ޤާނޫނުގެ ދާއިރާއިން ބޭރުގައިވާ ކަމަކަށްވާތީއެވެ. އަދި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 206/HMC/2023 ޤަޟިއްޔާއަކީ އެ ކޯޓުގެ ނަންބަރު 85/HMC/2023 ޤަޟިއްޔާގެ ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށް ނެރެފައިވާ އަވަސް އަމުރު 1 އާ ގުޅުންހުރި މައްސަލައަކަށްވާއިރު، އެ އަމުރު ބިނާކޮށްފައިވާ ޤާނޫނީ މާއްދާތަކުގެ ބޭރުން، ގެވެށި އަނިޔާގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، އަމުރަށް ބަދަލުގެނައުމާއި އަމުރުގެ މުއްދަތު އިތުރު ކުރުމުގެ މައްސަލަތައް އެއްކުރުމުން، މި ޙާލަތުގައި ކަންދިމާވި ފަދައިން، އަމުރުގެ މުއްދަތާއި، ޤާނޫނީ ހައިސިއްޔަތާމެދު އޮޅުންބޮޅުންބޮޑވު، ގެވެށި އަނިޔާއިން މީހުން ރައްކާތެރިކުރުމަށް ފަސޭހަކުރުމަށް ތަޞައްވުރުކޮށްފައިވާ ޤާނޫނީ އަދި އިޖުރާއީ ނިޒާމަށް ލޮޅުން އަރާނެތީއެވެ.

140ގެވެށި އަނިޔާގެ އަވަސް އަމުރު 1 އަށް، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 620/HMC/2023 ޤަޟިއްޔާ ގެ ޙުކުމުން ބަދަލު ގެނައުމަށްފަހު، އެ ޤަޟިއްޔާގެ ނިންމުމާ އެއްގޮތަށް އިސްތިއުނާފުކުރާ ފަރާތުން ޢަމަލު ކޮށްފައިނުވާތީ، އެ ކޯޓުގެ ނަންބަރު 620/HMC/2023 ޤަޟިއްޔާގެ ޙުކުމް ތަންފީޒާ ކުރުމަށްއެދި، އިސްތިއުނާފު ރައްދުވާ ފަރާތުން 08 އޮކްޓޯބަރ 2023 ދުވަހު ހުށަހެޅި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 162/HMC/2023 ޤަޟިއްޔާއިންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/35 ޤަޟިއްޔާއަކީ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 162/HMC/2023 ޤަޟިއްޔާއިން ބެއްލެވި މައްސަލަ، އާމިނަތުގެ ފަރާތުން އިސްތިއުނާފު ކުރުމނު ބަލާފައިވާ މި މައްސަލައެވެ.

141އިސްތިއުނާފުކުރާ ފަރާތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 621/HMC/2023 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާ ފަދައިން، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 621/HMC/2023 ޤަޟިއްޔާ، އެ ކޯޓުގައި ރަޖިސްޓަރީކޮށް ބަލަމުންދިޔައިރު، އާމިނަތުގެ ފަރާތުން ޒާހިރުގެ މައްޗަށް ދަޢުވާ ރައްދުވާގޮތަށް، ރައްކާތެރިކުރުމުގެ އަމުރަށް ބަދަލުގެނައުމަށއެދް ހުށަހެޅުމުން، އެ ކޯޓުގެ ނަންބަރު 627/HMC/2023 ޤަޟިއްޔާގެ ގޮތުގައި މައްސަލަ ރަޖިސްޓަރީކޮށް، މައްސަލަ ބއްލެވުމަށެ ޙަވާލުވެހުންނެވީ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 621/HMC/2023 ޤަޟިއްޔާވެސް ބައްލަވާ ފަނޑިޔާރުކަނ ލިޔުންތަކުން ދައްކައެވެ.

142ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 162/HMC/2023 ޤަޟިއްޔއިނާ ބެއްލެވި ޙުކުމް ތަންފީޒުކުރުމުގެ މައްސަލައިގެ ނިންމުމުގައި، "މައްސަލައިގެ ފަސްފަހަތް" ސުރުޚީގެ ދަށުގައިވާ ނުކުތާ 2 އިން 5 އަށް ނަޒަރުކުރުމުން، އެ މައްސަލައިގެ މައުޟޫޢުއަކީ ގެވެށި އަނިޔާކަން ދޭހަކުރެވެއެވެ. އެއަށްފަހު، "ދަޢުވާ ހުށައަޅާ ސަބަބު" ސުރުޚީގެ 1 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ކަންކަމުންވެސް، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 620/HMC/2023 ޤަޟިއްޔާއަކީ ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގާ އަވަސް އަމުރެއް ބާޠިލުކުރުމުގެ މައްސަލައެއްކަން އެނގެއެވެ.

143HN10އެހެންނަމަވެސް، "ދަޢުވާ ހުށައަޅާ ސަބަބު" ސުރުޚީގެ ނުކުތާ 2 އަށް ބެލުމުން، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 620/HMC/2023 ޤަޟިއްޔާގައިވާ ގެވެށި އަނިޔާއާ ގުޅުންހުރި މާއްދާތަކާއި، އަވަސް އަމުރު 1 ނެރެފައިވާ ސަބަބުތަކަށް ޙަވާލާ ދެއްވުމެއްނެތި، ކުއްލިއަކަށް ޙަވާލާ ދެއްވާފައިވަނީ، އެ ޤަޟިއްޔާގައިވާ ކުއްޖާއާ ބައްދަލުކުރުމުގެ ބަޔަށެވެ. އަދި އެ ނިންމުމުގެ ނުކުތާ 2 އިން 6 ގެނިޔަލަށްވާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 621/HMC/2023 ޤަޟިއްޔާގެ ނުކުތާ 7. ޙަވާލާ ދެއްވުންތަކަށް ބަލާއިރު، ގެވެށި އަނިޔާގެ މައުޟޫޢު އެކަށްއެއްފަރާތްކޮށް، ކުއްޖާއާއި ބައްޕައާއި ބައްދަލުކުރުމުގެ ބަހުސަކަށް މުޅިމައްސަލަ ބަދަލު ކޮށްފައިވެއެވެ.

144މި ނިންމުމުގެ 137 ވަނަ ނުކުތާގައިވާ ކަންކަމުގެ އަލީގައި، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 206/HMC/2023 ޤަޟިއްޔާގެ ޙުކުމްކުރިއިރު، އިސްތިއުނާފުކުރާ ފަރާތުގެ އެދުމަށް ނެރެފައިވާ އަވަސް އަމުރު 1 ދާއިމީވެފައިވާކަމަށް ބަލަންޖެހެއެވެ. އަދި ގެވެށި އަނިޔާގެ މައުޟޫޢުގެ މައްޗަށްބިނާވާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 627/HMC/2023 ޤަޟިއްޔާގެ ބަދަލުގައި، ގެވެށި އަނިޔާގެ ޤާނޫނުގެ 33 ވަނަ މާއްދާއާ ޚިލާފަށް، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 206/HMC/2023 ޤަޟިއްޔާގައި ހިމަނާފައިވާ ކުއްޖާއާ ބައްދަލުކުރުމުގެ ކަންކަން، އެ ޤަޟިއްޔާގައިވާ ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރު ދެމެހެއްޓުމަށް ނިންމެވިސަބަބުތަކާ ވަކކޮށްގެނި ތަންފީޒް ކުރައްވާފައިވުމީ ޤާނޫނީގޮތުން ނުހަނު ސުވާލު އުފެދޭކަމެކެވެ. އެހެނީ، ގެވެށި އަނިޔާގެ ޤާނޫނުގެ ދާއިރާގެ ތެރޭގައިވާ މައްސަލައެއްގައި އެފަދައިން ޢަމަލުކުރަންޖެހޭ ޤާނޫނީ އެއްވެސް ސަބަބެއް ސާފުނުވާތީއެވެ.

145ބުނެވިދިޔަ ކަން ކަމުގެ އިތުރު ށ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 162/HMC/2023 ޤަޟިއްޔާގެ 10 ވަނަ ނުކުތާގައި، ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަމުގައިވެސް ހަމައެކަނި ޙަވާލާ ދެއްވާފައިވަނީ ކުއްޖާއާ ބައްދަލުކުރުމުގެ ވާހަކަތކަ ށެވެ. އަދި ކުއްޖާއާ ބައްދަލު ނުކުރެވުމުގެ އާއިލީ ޚުޞޫމަތުގެ މައްސަލައެއްގައި ރިޢާޔަތްކުރައްވާނެ ބީދައިން، ކޯޓުތަކުގެ ޤާނޫނުގެ 77 ވަނަ މާއްދާއަށް ޙަވާލާދެއްވާފައިވެއެވެ. މިހައިހިސާބުން، ޝަރީޢަތް ނިމުނުގޮތުގެ 10 ވަނަ ނުކުތާއަށްފަހު، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 162/HMC/2023 ޤަޟިއްޔާއާއި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 620/HMC/2023 ޤަޟިއްޔާއިން ބެލުނު މައްސަލއިގަ އަސްލަކީ ގެވެށި އަނިޔާގެ ޢަމަލުކަން ލިޔުންތަކުން ގެއްލި، ބައްޕަގެ ޢަމަލުތަކުން ރައްކާތެރި ކުރަންޖެހޭކަމަށް ކޯޓަށްބުރަވެވި، އަދި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 85/HMC/2023 ޤަޟިއްޔާގައި، ބައްޕަގެ ކިބައިން ކުއްޖާ ރައްކާތެރިކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ބަޔަށް ރިޢާޔަތް ކުރެއްވުމެއްނެތި، ގެވެށި އަނިޔާކުރާކަމަށް ކޯޓަށް ބުރަވެވުނު ހަމައެ ބައްޕައއާ ކުއްޖާއާ ބައްދަލުނުކުރެވުމުގެ މައްސަލައަކަށް ދަޢުވާގެ މައުޟޫޢުއއާ މިސްރާބު ބަދަލުވެފައިވެއެވެ.

146ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 162/HMC/2023 ޤަޟިއްޔާގެ "ދަޢުވާގެ ޖަވާބު"ގެ 7 ވަނަ ނުކުތާގައި، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 620/HMC/2023 ޤަޟިއްޔާގައިވާ އަމުރަށް ބަދަލު ގެނައުމަށް އިސްތިއުނާފުކުރާ ފަރާތުން ކޯޓަށް ހުށަހަޅާފައިވާކަން، ޝަރީޢަތުގެ ސަމާލުކަމަށް ގެނެސްފައިވާކަން އެނގެއެވެ. އަދި ހަމައެއާއެކު އެ ކޯޓުގެ ނަންބަރު 162/HMC/2023 ޤަޟިއްޔާ ކުރިއަށް ނުގެންގޮސް މަޑުކޮށްލުމަށވެސް އާމިނަތުގެ ފަރާތުން އާދޭސްދަންނަވާފައވެއެވެ.

147އެހެންނަމަވެސް، އެއަށްފަހު، އިސްތިއުނާފުކުރާ ފަރާތުން ގެވެށި އަނިޔާއާ ގުޅިގެން ހުށަހެޅިކަންކަން އެއްފަރާތްކޮށްފައިވާ ސަބަބެއް ބަޔާން ކުރެއްވުމެއްނެތި، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 620/HMC/2023 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް އާމިނަތު ޢަމަލުކުރަމުން ނުދާކަން، ދެ ފަރާތުގެ ބަހުން އެނގެން އޮތުމުން، 25 ޑިސެމްބަރ 2023 އިން ފެށިގެން، އެ ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ޢަމަލުކުރުމަށް އާމިނަތއަށު އަމުރް ކުރައްވާފައިވެއެވެ. އަދި އެއަށްފަހު، ކުއްޖާއާ ބައްދަލުކުރުމަށް ކަނޑައެޅި ދުވަސްތަކާއި ގަޑިތަކަށް ޙަވާލާ ދެއްވައި، އެ ޙުކުމް ތަންފީޒު ނުކޮށްފިނަމަ، މެޖިސްޓްރޭޓް ކޯޓުތަކުގެ ޢާއިލީ އިޖުރާއަތުގެ އުޞޫލުގެ 87 ވަނަ މާއްދާގެ (އ)ގެ 7 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، ގެވެށި އަނިޔާއިން ރައްކާތެރި ކޮށްފައިވާ އާމިނަތުގެ މައްޗަށް، އެ ޙުކުމް ތަންފީޒު ކޮށްދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި، ދައުލަތުގެ ކަމާގުޅުންހުރި މިނިސްޓްރީއަށް އަމުރުކުރައްވައ މައްސަލި ނިންމަވާފައިވެއެވެ.

148މިގޮތުގެމަތިން ޢަމަލުކުރުމުގެ ނަތީޖާއަކަށްވީ، ގެވެށި އަނިޔާގެ ޤާނޫނުގެ ދަށުން ރައްކާތެރިކަމަށް އެދުނު ފަރާތުގެ މައްޗަށް، އަދި އަވަސް އަމުރުގެ ރައްކާތެރިކަން ދިން ފަރާތުގެ މައްޗަށް، ތަންފީޒީ ފިޔަވަޅުތަކެއް އެޅިގެންދިޔުމެވެ. މިއީ ގެވެށި އަނިޔާގެ ޤާނޫނުގެ މަޤުޞަދާ ޚިލާފކަމެކެވެ.

149ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 620/HMC/2023 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމާ ގުޅޭގޮތުން އެ ކޯޓުގެ ނަންބަރު 621/HMC/2023 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަމަށް ބެލުމުން، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 620/HMC/2023 ޤަޟިއްޔާގައި ގެވެށި އަނިޔާގެ އަވަސް އަމުރު 1 ދަމަހައްޓަވަން ނިންމެވި ސަބަބަށް، ނުވަތަ ޒާހިރުގެ ކިބައިން އާމިނަތުއާއި ދަރިފުޅަށް ލިބެމުންދިޔަ ގެވެށި އަނިޔާގެ އެއްވެސްކަމަކަށް ރިޢާޔަތް ކޮށްފައިވާކަމަކަށް ނުބެލެވެއެވެ. މި ނިންމުމުގެ 134 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާގޮތަށް ޢަމަލުކުރުމުން، މިހާރު އަރާފައިވާ އޮޅުންތައް އަރާނެކަމަށް ނުދެކެމެވެ.

150ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 162/HMC/2023 ޤަޟިއްޔާއިން ބެއްލެވި މައްސަލައިގައި، ޒާހިރުގެ ފަރާތުން ހުށަހެޅި ދަޢުވާގައި އެދިފައިވަނީ، އެ ކޯޓުގެ ނަންބަރު 620/HMC/2023 ޤަޟިއްޔާ ގައި، އިސްތިއުނާފު ރައްދުވާ ފަރާތާއި ކުއްޖާއާއި ބައްދަލު ކުރުމަށް ބައްޕައާ ޙަވާލުކުރުމަށް އޮތްބަޔަށް، ކުއްޖާގެ މަންމަ ޢަމަލު ނުކުރާކަމަށްބުނެ، އެ މައްސަލައިގެ އެބައި ތަންފީޒުކުރުމަށެވެ.

151އިސްތިއުނާފު ރައްދުވާ ފަރާތުން ދަށުކޯޓަށް ހުށަހެޅި މައްސަލަ ރަޖިސްޓަރީ ކުރުމުގެ ކުރިން، ފުރަތަމަ ނަޒަރުން ބެލުމަށްފަހު އިދާރީގޮތުންވެސް ސުވާލު އުފެދެންޖެހެއެވެ. އެހެނީ، ކޯޓުތަކގު ޤާނޫނުގެ 77 ވަނަ މާއްދާގައިވަނީ ޙުކުމް ތަންފީޒު ކުރުންކަމަށްވާއިރު، ގެވެށި އަނިޔާގެ އަވަސް އަމުރެއް ދެމެހެއްޓުމަށް ކޯޓުން ކަނޑައަޅާފައިވާ މައްސަލައިގެ މައުޟޫޢީ އެންމެ މުހިއްމުކަންކަން އެ ޙުކުމުން ވަކިކޮށް، ގެވެށި އަނިޔާގެ ޤާނޫނުގެ 33 ވަނަ މާއްދާއާ ޙަވާލާދީ، ޙުކުމުގައިވާ ކުއްޖާއާ ބައްދަލުކުރުމުގައި ޢަމަލު ކުރަންޖެހޭގޮތަށްގެނައި ބަދަލުގެބައ އެކަނި ތަންފީޒުކުރުމަށް ނިންމޭނެ ޤާނޫނީ ނުވަތަ ބުއްދީގެ ހަމައެއްވެސް ނެތަތީއެވެ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ "ޙުކުމް ތަންފީޛް ކުރުމަށްއެދޭ ފޯމު" (08 އޮކްޓޯބަރ 2023)ގެ ނުކުތާ 5.

152ގެވެށި އަނިޔާގެ ޤާނޫނުގެ 1 އަދި 2 ވަނަ މާއްދާގައިވާ މަޤުޞަދުތަކުގެ އަލީގައި، އެ ޤާނޫނުގެ 37 ވަނަ މާއްދާއަށް ބެލުމުން، ގެވެށި އަނިޔާގެ ޢަމަލުތައްހިނގާ ޠަބިއްޔަތާއި އެފަދަ ޢަމަލުތަކުގެ ޝިކާރައަކަށްވާ މީހުންނަށް، ދައުލަތުގެ ރައްކާތެރިކަން ފަސޭހައިން ލިބޭނެމަގު ފަހިކުރުނ ހިމެނޭކަން އެނގެއެވެ. އެހެނީ، އެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އަވަސް އަމުރަކަށް އެދިއްޖެނަމަ، އަމުރަށްއެދޭ ފަރާތުގެ ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށް، އަމުރު ރައްދުވާ މީހާގެ ޣައިރު ޙާޟިރުގައި އަމުރު ނެރުމުގެ މަފްހޫމަކީ، ގެވެށި އަނިޔާގެ މައްސަލަތަކުގައި ޢަދުލުގެ ނިޒާމު ބަލައިގަނެފައިވާ އުޞޫލެކަށްވާތީއެވެ.

153ހަމައެއާއެކު، ގެވެށި އަނިޔާގެ ޤާނޫނުގެ 33 ވަނަ މާއްދާއާއި، 41 ވަނަ މާއްދާގެ (ހ)ގެ (2) ވަނަ ނަންބަރުގެ ކޮމެންޓަރީއަށް ބެލުމުން، ގެވެށި އަނިޔާގެ ދެ ބާވަތުގެ އަމުރުވެސް، އެ އަމުރު ދެމިއޮތް މުއްދަތުގެ ތެރޭގައި، ގެވެށި އަނިޔާގެ އަމުރަށް އެދޭމީހ ނުވަތާ އަމުރަ ނިސްބަތްވާ މީހާގެ ހުށަހެޅުންތަކުގައި ޙާލަތު ބަދަލުވެފައިވާ ގޮތުގެމައްޗަށް ބިނާކޮށް، ގެވެށި އަނިޔާގެ އަމުރުތަކަށް ބަދަލު ގެނެވޭނެކަމަށް ބުނެފައިއޮތުމުން، އަމުރުގެ މުއްދަތުގެ ތެރޭގައި އެއްފަހަރަށްވުރެ ގިނަފަހަރު ބަދަލު ގެނައުމުގެ ފުރުޞަތު އޮތްކަން ސާފުވެއެވެ.

154ދެންއޮތް ސުވާލަކީ، ގެވެށި އަނިޔާގެ އަމުރަށް ޢަމަލު ނުކޮށްފިނަމަ، ދެންކަންކުރަންޖެހެނީ ކިހިނެތްތޯއެވެ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 621/HMC/2023 ޤަޟިއްޔާއަކީ، އެ ކޯޓުގެ ނަންބަރު 206/HMC/2023 ޤަޟިއްޔާގެ ޙުކުމް ތަންފީޒު ކުރުމަށްއެދި ހުށަހަޅާފައިވާ މައްސަލައަކެވެ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 206/HMC/2023 ޤަޟިއްޔާއަކީ، އެ ކޯޓުގެ ނަންބަރު 85/HMC/2023 ޤަޟިއްޔާގައި ނެރެފައިވާ، އެ ކޯޓުގެ ނަންބަރު 2/HMC/2023 އަވަސް އަމުރު 1 ބާޠިލު ކުރުމަށްއެދި ހުށަހެޅުމުން ބަލާފައިވާ މައްސަލައެކެވެ. ބުނެވިދިޔަ އެއްވެސް މައްސަލައަކީ، އާއިލާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ބާވަތުގެ މައްސަލައެއްނޫނެވެ.

155ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 621/HMC/2023 ޤަޟިއްޔާގެ ނިންމުމަށް ވާސިލުވުމުގައި ކޯޓުތަކުގެ ޤާނޫނުގެ 77 ވަނަ މާއްދާއަށް ޙަވާލާ ދީފައިވުމުގެ އިތުރުން، އެ ޤަޟިއްޔާގެ ޙުކުމުގައި ޙަވާލާ ދީފައިވާ މެޖިސްޓްރޭޓް ކޯޓތަކުގު ޢާއިލީ އިޖުރާއަތުގެ އުޞޫލުގެ 87 ވަނަ މާއްދގާ (އ)ގެ ދަށުން، ފައިސާގެ ޢަދަދެއް ނުހިމެނޭ ޙުކުމެއް، އެ ޙުކުމް ތަންފީޒުކުރުން ލާޒިމުވާ ފަރާތުގެ އަމިއްލަ އިޚްތިޔާރުގައި ތަންފީޒުކޮށްފައި ނުވާނަމަ، ކޯޓު މެދުވެރިކޮށް ތަންފީޒު ކުރާނެގޮތް ބުނެފައިވާއިރު، އެ އުޞޫލުގެ 87 ވަނަ މާއްދާގެ (އ)ގެ 7 ވަނަ ނަންބަރުގައި، ދިވެހި ފުލުހުންގެ ޚިދުމަތް މެދުވެރިކޮށް ތަންފީޒު ކުރުމަށް އަމުރު ކުރެވިދާނެކަމަށް ބުނެފައިވެއެވެ.

156އެހެން ނަމަވެސް، މި ނިންމުމުގެ 105 ވަނަ ނުކތާގައު ބަޔާންކޮށްފައިވާ ސަބަބުތަކަށް ބެލުމުން، މެޖިސްޓްރޭޓް ކޯޓތަކުގު ޢާއިލީ އިޖުރާއަތުގެ އުޞޫލަކީ ގެވެށި އަނިޔާގެ ޤާނޫނުގެ ދަށުން ނެރެފައިވާ އަމުރުތަކުގެ މައްޗަށް ތަންފީޒު ކުރެވޭނެ ޤާނޫނީ އުޞޫލެއް ނޫންކަން އެނގެއެވެ. އެހެންކަމުން، އާއިލާއާބެހޭ ޤާނޫނުގެ މައުޟޫޢުގެތެރޭގައ ނުހިމެނި ބާވަތެއްގެ މައްސަލައެއްގެ މައްޗަށް އާއިލާއާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ އިޖުރާއަތެއް ހިންގާފައިވަނީ ޚާއްޞަ ޤާނޫނު އިސްކުރުމާއ ޤާނޫނުގި މަޤުޞަދަށް ބެލުމުގެ ބުނެވިދިޔަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށެވެ.

157މި މައްސަލައާ ގުޅިގެން ހުށަހެޅި އިޖުރާއީ އިޢުތިރާޟާމެދު ނިންމާ ގޮތުގި 57 ވަނަ ނުކު ތާގައި، ޚަޞްމެއްގެ ފަރާތުން ޝަރުޢީ ކޯޓަކަށް ހުށަހަޅާ ދަޢުވާގެ ލިޔުންތައް ކޯޓަށް ބަލައިގަތުމަށްފަހު، އެ ޚުޞޫމަތުގެ އިދާރީ ބޭނުންތަކަށް ޤަޟިއްޔާ ނަންބަރެއް ދެމުން އައިސްފައިވާކަމަށާއި، އެގޮތުން، އެ މައްސަލަ ހުށަހެޅުނު ކޯޓަށް އިދާރީގޮތުން ދީފައިވާ އަކުރުތައް މެދުގައި ހިމަނައި، އެ މައްސަލައެއް ހުށަހެޅުނު އަހަރާއި، އެ މައްސަލައަށް އެ އަހަރު އައްޔަނުކުރެވުނ ޢަދަދު ހިމަނައި، ކޯޓުގައި ރަޖިސްޓަރީ ކުރެވުނު ޤަޟިއްޔާގެ ނަންބަރެއް އެކުލަވލެވާކަމަށް ބަޔާންކޮށްފައިވާނެއެވެ. މިގޮތަށް ޤަޟިއްޔާ ނަންބަރެއް ދީފައިވާ މައްސަލައެއްގައި އިޖުރާއީގޮތުން ނިންމާ ނިންމުންތަކާއި، އެ މައްސަލައާ ގުޅިގެންނެރޭ އެހެނިހެން އަމުރުތަކަކީ މައިޤަޟިއްޔާގެ މައުޟޫޢީ ނިންމުމަށް ވާސިލުވުމުގެ ތެރެއިން ކޯޓުންއަޅާ ފިޔަވަޅުތަކާއި، އެންގުންތަކާއި ނިންމުންތަކެއްކަމަށް ބުނެފައިވާނެއެވެ. އަދި މައުޟޫޢީ ޤަޟިއްޔާގެ ޤާނޫނީ ބަހުސާމެދު ގޮތެއްނިންމާ ލިޔުމުގައި "ނިންމުން" ސުރުޚީގައި އޮތްކަމުގައި ވީނަމަވެސް، ޢާއްމުކޮށް އެ ލިޔުމުގެ އެންމެފަހު ސުރުޚީއަކީ ނުވަތަ އެންމެފަހު ޕެރެގްރާފަކީ "ޙުކުމް" ކަމަށާއި، އެހެންކަމުން، ޙުކުމަކީ މައުޟޫޢީ މައިޤަޟިއްޔާއާމެދު ގޮތެއްނިންމި ލިޔު ންކަމަށް ބަޔާންކޮށްފައިވާނެއެވ. އެ ނިންމުމުގައި، ދެފަރާތުގެ ޤާނޫނީ ބަހުސާ ގުޅޭގޮތުން ޝަރީޢަތުން ޤާނޫނީ އުޞޫލުތަކުގެ ތެރެއިން ގޮތެއްކަނޑައަޅައި، ޤާނޫނީ ބަހުސްއާއ މައްސަލި ކާމިޔާބުކުރި ފަރާތް ކަނޑައަޅައި، އިދާރީގޮތުން ޤަޟިއްޔާ ފައިލު ބަންދުކޮށް، އެ ކޯޓުން ބަލަމުންދިޔަ މައްސަލަ ނިމުމަކަށް ގެނެވެއެވެ. އެހެންކަމުން، ޙުކުމަކީ ޢާއްމުކޮށް މައްސަލައެއްގެ ޝަރީޢަތުގެ އެންމެފަހު މަރުޙލާގަ ކަނޑައެޅުންތަކެވެ. އެއާޚިލާފަށް، ނިންމުމަކީ، މައިޤަޟިއްޔާގެ ތެރެއިން ހުށަހެޅޭ ނުވަތަ އެ ޤަޟިއްޔާގެ ވަށައިގެންވާ އެހެނިހެން ޤާނޫނީ ސުވާލުތަކާ ގުޅިގެން، މައުޟޫޢީ ޤަޟިއްޔާގައި ގޮތެއް ކަނޑައެޅުމަކާނުލައި، ކޯޓުން ލިޔުމުން ދޭންޖެހޭ އަދި އިސްތިއުނާފު ކުރުމުގެ ހައިސިއްޔަތު ޤާނޫނުން ލިބިދީފައިވާ ޝަރީޢަތުގެ ކަނޑައެޅުންތައްކަމަށް ބަޔާންކޮށްފައިވާނެއެވެ.

158މި ނިންމުމުގެ ނުކުތާ 3 އިން 18 އަށް ރިޢާޔަތްކުރުމުން، އިސްތިއުނާފު ކޮށްފައިވާ މައްސަލައާ ގުޅުންހުރި މައުޟޫޢީ ގިނަމައްސަލަތަކެއް ހުށަހެޅި، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގާ މައްސަލަތަކުގެ ނިންމުމާއި ޙާލަތާ ގުޅުންހުރި މައްސަލަތަކުގެ އަދަދާއި މައްސަލަތައް ހުށަހަޅާފައިވާ ގޮތަށްބަލާއިރު، މި މައްސަލަތަކަކީ މައުޟޫޢަށް ގޮތްނިންމުމާއި އިޚްތިޞާޞްއާ ގުޅުންހުރި އޮޅުންބޮޅުންތަކުގެ އާދަޔާޚިލާފު މިސާލކެވެ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނިންމުންތައް ފެމިލީ ކޯޓުން ބަދަލުކުރުމަށް ހުށަހަޅައި، އިދާރީ ނުރަނގަޅު ނިންމުންތަކެއްގެ މައްޗަށްބިނާކޮށް މައްސަލަތައް ރަޖިސްޓަރީ ކުރުމާއި، ރައްކާތެރިކުރުމުގެ އަމުރށަ ބަދަލުގެނައުމަށްއެދ ހުށަހަޅާފައިވި މައްސަލަތައް އެއްސެކްޝަނުން ބަލަމުންދަނިކޮށް، އަމުރަށް ބަދަލު ގެނައުމުގެ މައްސަލައިގެ މަޤުޞަދު ގެއްލޭގޮތަށް ގެވެށި އަނިޔާގެ ޤާނޫނުގެ މައްޗަށް ޢާއްމުކޮށް ކޯޓުން ނުހިންގާ މާއްދާއެއްގެ މައްޗަށްބިނާކޮށް، ގެވެށި އަނިޔާގެ އަމުރެއްގައިވާ ރައްކާތެރިކުރުމުގެ ކަނކްމުންވަކިކޮށް، ކުއްޖާއާ ބައްދަލު ކުރުމާގުޅޭބައިގެ ޙުކުމް ތަންފީޒު ކޮށްފައިވެއެވެ. މިފަދަ އިދާރީގޮތުން ސުވާލުއުފެދޭ އަޖާއިބުކުރުވަނިވި އިއްތިފާޤުތަކަކީ، ދަށުކޯޓުތަކުން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަންކަންކަމުގައި ދެކެމެވެ.

159ބުނެވިދޔި މައްސަލަތަކުގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 206/HMC/2023 ޤަޟިއްޔާގެ ޙުކުމް ތަންފީޒު ކުރުމުގެ ޤާނޫނީ އެއްނަތީޖާއަކަށްވީ، ގެވެށި އަނިޔާއިން 1 (އެކެއް) އަހަރަށް ރައްކާތެރިކަން ލިބިދީފައިވާ އަދި ޙާލަތާ އެއްގޮތަށް ބަދަލުކުރުމުގެ ފުރުޞަތު، ޤާނޫނުން ފަހިކޮށްދީފައިވާ ރައްކާތެރި ކުރުމުގެ އަމުރުގެ މުޅިމައުޟޫޢީ ޙާދިސާގެ ޝަރީޢަތް ނިމުމަކަށް ގެނައުމެވެ. ދެވަނަ ނަތީޖާއަކީ، އަވަސް އަމުރުން ރައްކާތެރިކަން ދީފައިވާ މީހާގެ ރައްކާތެރިކަން ގެއްލިދާފަދައަކުން، އަމުރާ ޚިލާފުވުމުގެ މައްސަލައެއް ގެވެށި އަނިޔާގެ ޝިކާރައަކަށްވި މީހާގެ މައްޗަށް ބަލަންފެށުމެވެ. މިކަން ޚުދު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ބަލައިގެންފައިވާކަމާއި، ކޯޓުން ކުރިންހެދުނުގޯސް ރަނގަޅުކުރުމުގެ ގޮތުން، އެ ކޯޓުގެ ނަންބަރު 129/HMC/2025 ޤަޟިއްޔާއިން ނެރެފައިވާ ނަންބަރު 05/HMC/2025 އަވަސް އަމުރު 2 އިން، އެ ކޯޓުގެ ނަންބަރު 621/HMC/2023 ޤަޟިއްޔާއިން ނިމުމަކަށް ގެނެސްފައިވާ މައުޟޫޢު އަލުން ހުޅުވާފައިވާކަން އެނގެއެވެ.

160ބުނެވިދިޔަ އެންމެހައި ކަންކަމަށް ރިޢާޔަތްކުރުމުން، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 85/HMC/2023 ޤަޟިއްޔާގައި ނެރެފައިވާ އަވަސް އަމުރު 1 އަށް، އެ ކޯޓުގެ ނަންބަރު 206/HMC/2023 ޤަޟިއްޔާގެ ޙުކުމުން، ބުނެވިދިޔަ އަވަސް އަމުރުގެ ބަޔަކަށް ބަދަލު ގެނައުމުން، އެ ޤަޟިއްޔާގައި ބަދަލުކުރިބައި، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރުގައިވާ އެހެންކަންކަމާ ވަކިކޮށް، ގެވެށި އަނިޔާގެ ޤާނޫނުން ރައްކާތެރިކުރުމުގެ އަމުރަށް ބަދަލު ގެނައުމަށް، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހާއަށް ލިބިދީފައިވާ ފުރުޞަތާއި މުޅިއަމުރުގެ ރައްކާތެރިކަން ގެއްލޭގޮތަށް، ތަންފީޒު ކޮށްފައިވަނީ، ގެވެށި އަނިޔާގެ ޤާނޫނުގެ މޤުޞަދަތައް ޙާޞިލުނުވާގޮތަށް އަދި އެ ޤާނޫނުން ޝިކާރައަކަށްވާ މީހުންނަށް ލިބިދެވޭ ރައްކާތެރިކަން ގެއްލޭގޮތަށްކަމަށް ދެކެމެވެ.

ނިންމަން ފެންނަގޮތް

161ބުނެވިދިޔަ ކަންކަން އެގޮތުގެމަތިން ހުރުމުން،

1.161. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 85/HMC/2023 ޤަޟިއްޔާގައި، ނެރެފައިވާ އެ ކޯޓުގެ ނަންބަރު 2/HMC/2023 "ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރު" (03 ފެބްރުއަރީ 2023)ގައި، ކުއްޖާއާ ބައްދަލުކުރުމާ ގުޅޭގޮތުން ގޮތްކަނޑައަޅުއްވާފައިވަނީ، ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅައި،

2.161. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 85/HMC/2023 ޤަޟިއްޔާގައި، ނެރެފައިވާ އެ ކޯޓުގެ ނަންބަރު 2/HMC/2023 "ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރު" (03 ފެބްރުއަރީ 2023)ގައި، ކުއްޖާއާ ބައްދަލުކުރުމަށް ކަނޑައަޅާފައިވާގޮތަށް، އެ ކޯޓުގެ 206/HMC/2023 ޤަޟިއްޔާގައި ބަދަލު ގެންނަވާފައިވަނ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅައި،

3.161. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 621/HMC/2023 ޤަޟިއްޔާގައި، ރައްކާތެރިކުރުމުގެ އަމުރު ތަންފީޒުކުރުމަށް ނިންމެވުމުގައި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނ)އ އާ އުޞޫލު ނަންބަރު 26-2022/G "މެޖިސްޓްރޭޓް ކޯޓުތަކުގެ ޢާއިލީ އިޖުރއާ ތ ގ އުޞޫލު) ތަޠުބީޤު ކުރައްވާފައިވަނީ، ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު)ގައިވާ، ޤާނޫނު މާނަކުރުމާއި ތަރުޖަމާކުރުމުގެ އުޞޫލުތަކާ ޚިލާފަށް، ޤާނޫނު ނަންބަރު 2012/3 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު)ގައި، ރައްކާތެރިކުރުމުގެ އަމުރުތަކާ ގުޅޭގޮތުން ކަނޑައަޅާފައިވާ އަދި ޤާނޫނު ތަޞައްވުރުކުރާ އުޞޫލުތަކާ ޚިލާފަށް، ޤާނޫނުގެ މަޤުޞަދު ގެއްލޭގޮތަށްކަމަށްވާތީ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 206/HMC/2023 ޤަޟިއްޔއާއާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 621/HMC/2023 ޤަޟިއްޔާ ބާޠިލު ކުރންޖެހޭކަމަށަ ފެނެއެވެ.

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔު

162މި މައްސަލައިގައި ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު

163މި މައްސަލައިގައި ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދުކުރަމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ