ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ފަވާޒު ލުޠުފީ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ކްރިމިނަލް ކޯޓު 145-B10(769-2025)2026/01
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓު: 2026/SC-A/25 — ހައިކޯޓުގެ ޙުކުމް ބާޠިލުކޮށްފައި
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޖިންސީ ކުށުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ބްލެކްމެއިލްކުރުމުގެ ދަޢުވާއެއްގައި، މީހެއްގެ ޖިންސީ ގުނަވަނުގެ ފޮޓޯ/ވީޑިއޯ ފޮނުވަން އެދުމާއި ލިބިގަތުމާއި ރެކޯޑުކުރުމަކީ އެ ޤާނޫނުގެ 9 ވަނަ މާއްދާގައިވާ 'ޖިންސީ ޢަމަލެއް'ތޯ؛ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ ދަށުން މަދަނީ މިންގަނޑުން ދަޢުވާ ކުރިއަށް ނުގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމީ ހެކި ހުއްޓައި ނުވަތަ އިޖުރާއީ ތަރުތީބާ ޚިލާފަށްތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް (އަޣުލަބިއްޔަތުން)، ކްރިމިނަލް ކޯޓުގެ ނިންމުން ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ވަކި ޤާނޫނެއްގައި ބަހެއް މާނަކޮށްފައިވާނަމަ އެ ޤާނޫނުގެ ބޭނުމަށް އެ ބަސް ބޭނުންކުރަންވާނީ އެ މާނައިގައެވެ؛ އެއް ލަފުޒެއް ތަފާތު ޤާނޫނުތަކުގައި ތަފާތު ގޮތަށް މާނަކުރެވިދާނެއެވެ. (މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 37 (ށ))
HN2 ޢާއްމު މާނައަށް ބެލުމުގެ އުޞޫލުގެ ދަށުން، ބަހަކުން ވަކި މާނައެއް ދޭހަވާނަމަ އެ މާނަ ފުޅާކުރުމަކީ ނުވަތަ އޭގައި ނުހިމެނޭ ކަންތައް ހިމެނުމަކީ ރަނގަޅު ގޮތެއް ނޫނެވެ؛ ޤާނޫނެއްގެ މާއްދާތައް ކިޔަންވާނީ މުޅި ޤާނޫނުގެ އޮނިގަނޑާއި މަޤްޞަދުގެ ތެރެއިން އެކަތިގަނޑެއްގެ ގޮތުގައެވެ.
HN3 ޚާއްޞަ ލަފުޒުތަކަކަށްފަހު އަންނަ ޢާއްމު ޢިބާރާތެއް މާނަކުރަންވާނީ އެ ލިސްޓުގެ ގިންތިއާ އެންމެ ގާތްކުރާ ގޮތަށް (މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 8 (ހ)، (ށ))، އަދި ޢުޤޫބާތް ކަނޑައަޅާ ޤާނޫނުތައް މާނަކުރަންވާނީ ތުހުމަތުކުރެވޭ މީހާއަށް ފައިދާވާ ގޮތަށެވެ.
HN4 ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާގައިވާ 'ޖިންސީ ގުނަވަނަކާމެދު... އެހެން ޢަމަލެއް ހިންގުން' މާނަކުރެވޭނީ ޖިންސީ ގުނަވަނަކާމެދު ހިންގޭ ޖިސްމާނީ/މާއްދީ ބީހުމުގެ ޢަމަލެއްގެ ގޮތުގައެވެ؛ މީހެއްގެ ރުހުމުގައި ފޮނުވާ އޮރިޔާން ފޮޓޯ/ވީޑިއޯ އެދުމާއި ލިބިގަތުމާއި ރެކޯޑުކުރުމަކީ އެ މާނައިގައިވާ 'ޖިންސީ ޢަމަލެއް' ނޫނެވެ. [އަޣުލަބިއްޔަތުގެ ރައުޔު]
HN5 ޢަމަލެއް 'ޖިންސީ ޢަމަލު' ގެ މާނައިން ބޭރުވުމަކީ އެއީ ކުށެއް ނޫންކަމެއް ނޫނެވެ؛ ޢަމަލެއްގައި ވަކި ކުށެއްގެ ޢުންޞުރުތައް ފުރިހަމަވާނަމަ ދަޢުވާ އުފުލަންވާނީ އެ ކުށުގެ ދަޢުވާއެވެ؛ ޢަމަލެއް ވަކި ކުށަކަށް ގަދަކަމުން ފައްތަން މަސައްކަތްކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ.
HN6 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ ދަށުން ބަލާ މިންގަނޑަކީ ކުށް ސާބިތުކުރުމަށް ފުދޭ ހެކި ހުރިތޯ ބެލުމެއް ނޫން، ތުހުމަތު އުފެދޭ މިންވަރަށް ހެކި ހުރިތޯ ބެލުމެވެ؛ ނަމަވެސް ދައުލަތުން ބުނާ ހުރިހާ ކަމެއް ހިނގިކަމަށް ބެލިޔަސް ކުށުގެ ޢުންޞުރުތައް ފުރިހަމަނުވާނަމަ، ނުވަތަ ޢުންޞުރުތަކާ ދަޢުވާލިބޭ ފަރާތް ގުޅުވައިދޭ ހެއްކެއް ނެތްނަމަ، ދަޢުވާ ކުރިއަށް ނުގެންދެވޭނެއެވެ.
HN7 ޝަރީޢަތުގެ ކުރީގެ މަރުޙަލާގައި ދަޢުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ކަނޑައަޅަނީ އިބްތިދާއީ އަޑުއެހުމުގައެވެ؛ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ދަނީ އެކަން ކަނޑައެޅުމަށްފަހުއެވެ؛ އެހެންކަމުން އިބްތިދާއީ އަޑުއެހުމުގައި 115 ވަނަ މާއްދާގެ ދަށުން ނިންމުމަކީ އިޖުރާއީ ތަރުތީބާ ޚިލާފު ނިންމުމެއް ނޫނެވެ.
HN8 ޤާނޫނުގެ ވެރިކަމުގެ ބޭނުމަށް، އެއް ޢަމަލެއް ތަފާތު ޤާނޫނުތަކުން ތަފާތު އަދަބުތަކާއެކު ތަޖްރީމްކޮށްފައިވާ ޙާލަތްތައް ނައްތާލައި ކުށްތައް ޤާނޫނުލްޢުޤޫބާތުގައި އެއްކޮށް ހިޖުރަކުރުމަކީ ކުރަންޖެހިފައިވާ ކަމެކެވެ (ރައުޔުގައި ފާހަގަކުރި ނަޒަރު).
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަބްދުﷲ ޖަމީލް މޫސާ، ފާޠިމަތު ފަރުހީޒާ، އިސްމާޢީލް ޝަފީޢު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުﷲ ޖަމީލް މޫސާ · ތާއީދުކުރެއްވީ: އިސްމާޢީލް ޝަފީޢު
- ޚިލާފު ރައުޔު
- ފާޠިމަތު ފަރުހީޒާ
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1މިއީ، ކްރިމިނަލް ކޯޓު (މީގެފަހުން "ކްރިމިނަލް ކޯޓު") ގެ ނަންބަރު 769/Cr-C/2025 ޤަޟިއްޔާއާ ގުޅިގެން ނިންމާފައިވާ، އެ ކޯޓުގެ ނަންބަރު 01/2025)2026-B10(769-145 (28 އޭޕްރީލް 6202) "މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމި ނިންމުން" (މީގެފަހުން "ކްރިމިނަލް ކޯޓުގް ނިންމުން" ނުވަތަ "ދަށު ކޯޓުގު ނިންމުން") އަކީ ޝަރުޢީ އަދި ޤާނ ނ އުޞލތަކު ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ، އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "ދައުލަތް" ނުވަތަ "ޕްރޮސިކިއުޝަން") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވޭ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ސ. ފޭދޫ / ލިލީގަސްދޮށުގެ، މުޙައްމަދު ފަވާޒު ލުޠުފީ (މީގެފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "މުޙައްމަދ ފަވާޒު ލުޠުފީ") އެވެ.
މައްސަލައިގައި ކަންހނި ގާފައިވާ ގޮތް
2ދައުލަތުން މުޙައްމަދު ފަވާޒު ލުޠުފީގެ މައްޗަށް ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 35 ވަނަ މާއްދާގެ (ހ)އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން ބްލެކްމެއިލްކުރުމުގެ ދަޢުވާ އުފުލިއެވެ.
3މުޙައްމަދު ފަވާޒު ލުޠުފީގެ މައްޗަށް ދައުލަތުން މި ދަޢުވާ ކޮށްފައިވަނީ، މުޙައްމަދު ފަވާޒު ލުޠުފީ، 2021 ވަނަ އަހަރުގެ ތެރޭގައި ސްނެޕް ޗެޓުން ll”saa“Kaman ޔު ސަރ ނޭމްގައި ހަދާފައިވާ އައިޑީ އަކުން މުޙައްމަދު ފަވާޒު ލުޠުފީއަކީ އަންހެނެއްކަމަށް ދައްކައި ޙަޤީޤަތް އޮޅުވާލައިގެން، އަޙްމަދު (މީގެ ފަހުން ދރކ ނަންބަރު: 324408A މީގެ ފަހުން "ޖިންސީ ކުށުގެ ޤާނ ނ" ކަމަށް ބަޔާންކުރެވިފައި. "އަޙްމަދު") އާ ސްނެޕް ޗެޓް މެދުވެރިކޮށް ޗެޓްކޮށް، އަޙްމަދުގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ ފޮނުވުމަށް މުޙައްމަދު ފަވާޒު ލުޠުފީ އެދުމުން، އަޙްމަދު ފޮނުވި އޭނާގެ އޮރިޔާން މަންޒަރު ފެންނަ ފޮޓޯ އަދި ވީޑިއޯ އެހެން ފޯނަކުން ވީޑިއޯކޮށް، މުޙައްމަދު ފަވާޒު ލުޠުފީ ބުނި ޢަދަދަށް ފައިސާ ނުދީފިނަމަ، އެ ފޮޓޯ އަދި ވީޑިއޯ ލީކުކޮށްލާނެކަމަށް ބުނެ، އަޙްމަދަށ ބިރުދައްކައި، އަޙްމަދު ބްލެކްމެއިލްކޮށްފައިވކަމަށާ މުޙައްމަދު ފަވާޒު ލުޠުފީގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅިގެންނެވެ.
4މުޙައްމަދު ފަވާޒު ލުޠުފީގެ މައްޗަށް ކުރެވުނު މި ތުމަތާގުޅިގެން އޭނާގެ މައްޗަށް އުފުލި ދަޢުވާ ބަލަމުން ދިޔައީ ކްރިމިނަލް ކޯޓުގެ ނަންބަރު 769/Cr-C/2025 ޤަޟިއްޔާއިންނެވެ.
5އެ ޤަޟިއްޔާގެ އިބްތިދާއީ މަރުޙަލާގައި، މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް 28 އޭޕްރީލް 2026 ގައި ކްރިމިނަލް ކޯޓުން ނިންމިއެވެ.
6ދައުލަތުގެ ފަރާތުން އިސްތިއުނާފުކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ ބުނެވިދިޔަ ނިންމުމެވެ.
ކްރިމިނަލް ކޯޓުން ނިންމި ގޮތް
7ކްރިމިނަލް ކޯޓުގެ ނަންބަރު 769/Cr-C/2025 ޤަޟިއްޔާއާ ގުޅިގެން، މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށް ގެންދެވނޭ ތަނެއް ނެތްކަށް އެ ކޯޓުން ނިންމި ނިންމުމުގައި ވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެމަތިނ ހުރުމުން،
1. ސ. ފޭދޫ / ލިލީގަސްދޮށުގެ، މުޙައްމަދު ފަވާޒް ލުޠުފީގެ މައްޗަށް ދައުލަތުން ކުޅަ، ބްލެކްމެއިލް ކުރުމުގެ ކުށުގެ މި ދަޢުވާއަށް މުޙައްމަދު ފަވާޒް ލުޠުފީ އިންކާރުކޮށްފައިވާތީ، މި ދަޢުވާ ސާބިތުކުރުމަށްޓަކައި ޕްރޮސިކިއުޝަންއިނ ހުށަހަޅާފައިވް ހެކިތައް ވަޒަންކުރިއިރު، އަދި އިސްވެ މި ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް ވަނީ ސިއްރުކުރެވިފައެވެ. ދެންނެވުނު ޤާނ ނ ސަބަބުތައް އެގޮތުގެ މަތިން ހުރުމުން، މި ދަޢުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ތަނެއް އޮތްކަމަށް ނުފެންނާތީ، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 115 ވަނަ މާއްދާގެ (ހ) ގެ ދަށުން މި ދަޢުވާ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައަޅައި؛
2. މި ކޯޓުގެ ނަންބަރު 145/DF/2025/367 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ރެފަރެންސް ނަންބަރު 1185/2025/CRC/348) ދަޢުވާ ހުށަހަޅާ ފޯމުން ސ. ފޭދޫ / ލިލީގަސްދޮށުގެ، މުޙައްމަދު ފަވާޒް ލުޠުފީގެ މައްޗަށް ހުށަހަޅާފައިވާ ބްލެކްމެއިލްކުރުމުގެ ކުށުގެ ދަޢުވާ، ޤާނ ނ ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 115 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާޠިލުކަމަށް ކަނޑައަޅައިފީމެވެ."
8ކްރިމިނަލް ކޯޓުގެ ބުނެވިދިޔަ ނިންމުމަށް އެ ކޯޓުން ވާޞިލުވެފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށެވެ.
1.8. ދައުލަތުން މުޙައްމަދު ފަވާޒު ލުޠުފީގެ މައްޗަށް ޖިންސީ ކުށުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ބްލެކްމެއިލްކުރުމުގެ ކުށުގެ ދަޢުވާ ކޮށްފައިވަނީ، އެ މާއްދާގައި ޙަވާލާދީފައިވާ ކޮން ކުށެއް ނުވަތަ ކޮން ޢަމަލަކާ ގުޅިގެންތޯ އިބްތިދާއީ މަރުޙަލާގައި ދައުލަތާ ސުވާލުކުރެވުނު ހިނދު، އެ މާއްދާގައި ބޔާންކުރަ "ޖިންސީ ޢަމަލެއް" ހިންގުމަށްފަހު އެކަމާ ވިއްދައި ބްލެކްމެއިލކްށްފައިވާތީކަމަށް ދައުލަތުން ބުނެފައިވާކަން.
2.8. ޖިންސީ ކުށުގެ ޤާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރޭޕްކުރުމުގެ ކުށާއި، ނުވަތަ ޖިންސީ އަނިޔާގެ ކުށާއި، ނުވަތަ ޖިންސީ ގޯނާގެ ކުށާއި، ނުވަތަ ޖިންސީ ޢަމަލެއް ހިންގުމުގެ ކުށާ ވިއްދައިގެން ބްލެކްމެއިލކުރުން ފިޔަވައި އެން ން ގޮތަކަށް، ނުވަތަ އެއިން ކުށަކާ ނުގުޅޭގޮތަށ ކުރް ބްލެކްމެއިލުގައި، ޖިންސީ ކުށުގެ ޤާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ބްލެކްމެއިލްކުރުމުގެ ކުށުގެ ޢުންޞުރުތައް ފުރިހަމަ ނުވާނެކަން.
3.8. ޖިންސީ ކުށުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން މުޙައްމަދު ފަވާޒު ލުޠުފީގެ މައްޗަށް ބްލެކްމެއިލްކުރުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާއިރު، އެ ބްލެކްމެއިލަކީ އެ މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ކުށަކާ ވިއްދައި ކޮށްފައިވާ ބްލެކްމެއިލެއްކަނ، ދަޢުވާގެ ސަބަބުގައި ޒިކުރުކޮށްފައި ނުވާކަމާއި، އަދި ދަޢުވާގެ ސަބަބަށް ބެލުމުން މިއީ މީހަކު އޮރިޔާން ކާޑު ފޮނުވުމުން އެ އޮރިޔާން ކާޑު ބޭނުންކޮށްގެން ކޮށްފައިވާ ބްލެކްމެއިލެއްކަން އެނގޭކަން.
4.8. ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާގައި "ޖިންސީ ޢަމަލު" މާނަކޮށްފައިވާއިރު، މުޙައްމަދު ފަވާޒު ލުޠުފީ ކޮށްފައިވާކަމަށް ބުނާ ޢަމަލު (އޮރިޔާން ކާޑް ފޮނުވަން އެދުމާއި، އެ ބޭނުންކޮށްގެން ބްލެކްމެއިލްކުރުމުގެ ޢަމަލު) އެއީ، އެ މާއްދާގައި ބަޔާންކޮށްފައިވާ ޖިންސީ ޢަމަލުގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައި ބެލެވެން ނެތްކަން.
5.8. މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރުވެސް، މުޙައްމަދު ފަވާޒު ލުޠުފީ އެފަދަ ޖިންސީ ޢަމަލެއް ހިންގިކަމަށް ބާރުދޭ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަން.
6.8. "އެކަށީގެންވާ ވިސްނުމަކުން ވިސްނާއިރު" މުޙައްމަދު ފަވާޒު ލުޠުފީ ކުޅަ ޢަމަލަކީ ޖިންސީ ޢަމަލެއްގެ ގޮތުގައި ބެލެވޭނެކަމަށް ދައުލަތުން ބުނާތީ، "ޖިންސީ ޢަމަލު" މާނަކުރުމުގައި ހުރި ގޮންޖެހުން ޙައްލުކުރުމަށްޓަކައި ޤާނ ނ ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ އެހީއާއެކު، ޖިންސީ ކުށުގެ ޤާނޫނުގައި އެ ލަފުޒު ގެނެސްފައިވާ މާއްދާތަކަށް ބަލާއިރު، ޖިންސީ ކުށުގެ ޤާނޫނުގައި ކުށް ބަޔާންކުރާ މާއްދާތަކުގެ ތެރެއިން 05 (ފަހެއް) މާއްދާއެއްގައި ޖިންސީ ޢަމަލުގެ ވާހަކަ ބަޔާންކޮށްފައވާކަމި ށާއި، އެއީ މަޙްރަމާއެކު ޖިންސީ ޢަމަލެއް ހިންގުމާއި، އެއްޖިންސުން ޖިންސީ ޢަމަލު މީގެ ފަހުން "މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނ ނ" ކަމަށް ބަޔާންކުރެވިފައި. ހިންގުމާއި، ޖަނަވާރަކާއެކު ޖިންސީ ޢަމަލު ހިންގުމާއި، މައްޔިތަކާއެކު ޖިންސީ ޢަމަލު ހިންގުމާއި، ޙަޤީޤަތް އޮޅުވާލައިގެން ޖިންސީ ޢަމަލު ހިންގުންކމަށާއި، މި މާއްދާތަކަށް ބަލާއިރުވެސް، އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ ފޮނުވުމަކީ ޖިންސީ ޢަމަލެއްކަމުގައި ދޭހަވާން ނެތްކަން.
7.8. ޖިނާއީ ކުށް ބަޔާންކުރާ ޢާއްމު ޤާނޫނެއްގައި "ޖިންސީ ޢަމަލު" މާނަކޮށްދީފައިވޭތޯ ބަލާއިރު، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނނުލްޢުޤބާތު) ގެ 131 ވަނަ މާއްދާގެ (ށ) ގައި "ޖިންސީ ޢަމަލު" މާނަކޮށްފައިވާކަމާއި، އެ މާއްދާގެ އެ އަކުރުގައި "ޖިންސީ ޢަމަލު" މާނަކޮށްފައިވާ ގޮތަށާއި، ޖިންސީ ކުށުގެ ޤާނޫނުގައި އެ ލަފުޒު މާނަކޮށްދީފައިވާ ގޮތަށާއި، އަދި އެ ޤާނޫނުގައި އެ ލަފުޒު ބޭނުންކޮށްފައިވާ އެހެނިހެން ކުށް ބަޔާންކުރާ މާއްދާތަކަށް ބަލާއިރު، ދަޢުވާ އުފުލިފައިވާ ފަރާތުގެ ޢަމަލު ވާންޖެހޭނީ ޝަހުވާނީ އެދުންވެރިކަމެއް ނުވަތަ ޖިންސީ އެދުންވެރިކަމެއްގެ މައްޗަށް ބިނާވެފައިވާ ޢަމަލަކަށްކަން.
8.8. ދައުލަތުން މުޙައްމަދު ފަވާޒު ލުޠުފީގެ މައްޗަށް ދަޢުވާ ކޮށްފައިވާ ސަބަބަކީ، ސްނެޕ ޗެޓް މެދުވެރިކޮށް މުޙައްމަދު ފަވާޒު ލުޠުފީ އަންހެނަކަށް ހެދިގެން، އަޙްމަދާ ދެމެދު ކުރެވުނު މުޢާމަލާތުގައި، މުޙައްމަދު ފަވާޒު ލުޠުފީ، އަޙްމަދުގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ/ވީޑިއޯ ފޮނުވައިދިނުމަށް އެދުމުން، އަޙްމަދު އެ ފޮޓޯ/ވީޑިއޯ ފޮނުވުމުން، އެ ތަކެތި ރެކޯޑުކޮށް، އެ ބޭނުންކޮށްގެން އަޙްމަދަށް ބިރުދައްކައި ބްލެކްމެއިލް ކޮށްފައިވާތީކަން އެނގެން އޮންނައިރު، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މުޙައްމަދު ފަވާޒު ލުޠުފގެ ވިސްނުމަކީ އަޙްމަދަށް ބިރުދައްކައިގެން ފައިސާ އަތުލުންކަން ދޭހަވާކަމާއި، މިކަމުގައި މުޙައްމަދު ފަވާޒު ލުޠުފީގެ ޝަހުވާނީ އެދުމެއް އޮތްކަން ނުވަތަ އެފަދަ ނިޔަތެއް އޮތްކަން ދަލާލަތުކޮށްދޭ އެއްވެސް ސަބަބެއްވިޔަސް އަދި އެއްވެސް ހެއްކެއްވިޔަސ ދައުލަތުން ހުށަހަޅާފައިނުވާކަން. މީގެ ފަހުން "ދިވެހިރާއްޖޭގެ ޤާނ ނުލްޢުޤ ބާތު" ކަމަށް ބަޔާންކުރެވިފައި.
އިސްތިއުނާފީ ނުކުތތައާ
9ކްރިމިނަލް ކޯޓުގެ ނަންބަރު 2025)2026/01-B10(769-145 (28 އޭޕްރީލް 2026) "މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމި ނިންމުން" ނިންމާފައިވަނީ ޝަރުޢީ އަދި ޤާނ ނ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި ދައުލަތުގެ ފަރާތުން އިސްތިއުނާފީ 02 (ދޭއް) ނުކުތާއެއް ހުށަހަޅާފައިވެއެވެ. • ފުރަތަމަ ނުކުތާއަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2025)2026/01-B10(769-145 "މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމި ނިންމުން"ގައި ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 9 ވަނަ މާއްދާ މާނަކޮށް، އެ ޤާނޫނުގެ 35 ވަނަ މާއްދާ ތަޠުބީޤުކޮށްފައިވަނީ، ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. • ދެވަނަ ނުކުތާއަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2025)2026/01-B10(769-145 "މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމި ނިންމުން" ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ޖުމްހ ރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
10އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފްޞީލުގައި ދައުލަތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
1.10. މުޙައްމަދު ފަވާޒު ލުޠުފީގެ މައްޗަށް ހުށަހެޅުނު މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުގައި އޮތް އަސާސީ ބަހުސަކީ، ޖިންސީ ޢަމަލަކާ ވިއްދައި ބްލެކްމެއިލްކޮށްފައިވާކަމަށ ދައުލަތުން ދަޢުވާކުރާ ޙާލަތުގައި، ޤާނޫނުގެ ބޭނުމަށް "ޖިންސީ ޢަމަލު"ކަމަށް ބެލެވޭނެ ޢަމަލުތަކަކީ ކޮބައިތބަންދޯމެދު އޮތް ބަހުސްކަމަށެވެ.
2.10. އޮރިޔާން ކާޑު ފޮނުވަން އެދުމާއި، އޮރިޔާން ކާޑު ފޮނުވުމާއި ލިބިގަތުމަކާ ޖިންސީ ޢަމަލުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ނުފެންނަކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާކަމަށާއި، އަދި އެއީ ޖިންސީ ޢަމަލެއްކަމަށް ބަހުސްގެ ބޭނުމަށް ބެލިނަމަވެސް އޮރިޔާން ކާޑު ލިބިގަތުމުގައި މުޙައްމަދު ފަވާޒު ލުޠުފީގެ ކިބައިގައި ފެށުނީއްސުރެ އޮތީ ބިރުދައްކައިގެން ފައިސާ އަތުލުމުގެ ނުބައި ނިޔަތްކަމަށާއި، އެކަމުގައި ޖިންސީ އެދުންވެރިކަމެއް ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާކަމަށެވެ.
3.10. މި މާނަކުރުމަށް ކްރިމިނަލް ކޯޓުން ވޞާ ލުވެފައިވަނ ޖިންސީ ކުށުގެ ޤާނޫނުގި 35 ވަނަ މާއްދާއާއި، 9 ވަނަ މާއްދާއިން ސާފުކޮށް ފެންނަށ އޮތް ޢާއްމު މާނަކުރުމަށް ފަރުވާލެއް ނެތިކަމަށެވެ.
4.10. ޖިންސީ ކުށުގެ ޤާނޫނުގެ 35 ވަނަ މާއްދާއިން ސާފު ޞަރީޙަ ޢިބާރާތުން އެނގެން އޮންނަގޮތުން، "ޖިންސީ ޢަމަލު" އަކާ ގުޅުވައިގެން ބްލެކްމެއިލްކުރުމުގެ ކުށް ފުރިހަމަވުމަށްޓަކައި ޖިންސީ ޢަމަލެއްގެ ކުށެއް ކޮށްފައި އޮންނަން ނުޖެހޭ ކަމަށާއި، އެ މާއްދާގައި ވަނީ ޖިންސީ ޢަމަލުގެ ވާހަކަކަމަށާއި، ޖިންސީ ޢަމަލަކީ އޭގެ ޒާތުގައި ކުށެއް ނޫންކަމަށާއި، އެހެންކަމުން، ޖިންސީ ޢަމަލެއް ހިންގުމަށްފަހު އެ ޢަމަލާ ވިއްދައިގެން ބްލެކްމެއިލްކޮށްފައިވާނަމަ އެ މާއްދާގައި ބަޔާންކުރާ ކުށް ފުރިހަމަވާނެކަމަށެވެ.
5.10. އޮރިޔާން ކާޑު ފޮނުވަން އެދުމާއި، ފޮނުވުމާއި، ލިބިގަތުމަކީ ޖިންސީ ޢަމަލެއްތޯ ބެލުމަށްޓަކައި ފުރަތަމަވެސް ބަލަންޖެހޭނީ، ޖިންސީ ކުށުގެ ޤާނނގު 9 ވަނާ މާއްދާގައި "ޖިންސީ ޢަމަލު" މާނަކޮށްދީފައިވާ ގޮތަށްކަމަށާއި، އެ މާއްދާގައި "ޖިންސީ ޢަމަލު" ކަމަށް ބުނެފައިވަނީ، މީހަކާއެކު ޒިނޭކުރުނ ކަމުގައް ވީނަމަވެސް، ނުވަތަ މީހެއްގެ ޖިންސީ ގުނަވަނެއްގައި އަތްލުން ކަމުގައި ވީނަމަވެސް، ނުވަތަ މީހެއްގެ ޖިންސީ ގުނަވަނަކާމެދު ނުވަތަ ޖިންސީ ގުނަވަން ނ ން ގުނަވަނަކާމެދު، އެހެން ޢަމަލެއް ހިންގުން ކަމުގައި ވީނަމަވެސް، އެކަށީގެންވާ ވިސްނުމަކުން ވިސްނާއިރު، މީހަކު އެހެން އެ ހިންގި ޢަމަލެއް އެ ހިންގީ، ޖިންސީ ނިޔަތެއް އޮވެގެންކަމަށް ޤަބ ލުކުރެވޭނެ ޢަމަލަށް ކަމަށެވެ.
6.10. ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާގައި "ޖިންސީ ޢަމަލު"އަށް ދީފައިވާ ތަޢުރީފުގައި، "މީހަކާއެކު ޒިނޭކުރުނ ކަމުގައް ވީނަމަވެސް، ނުވަތަ މީހެއްގެ ޖިންސީ ގުނަވަނެއްގައި އަތްލުން ކަމުގައި ވީނަމަވެސް" މިހެން ބަޔާންކުރުމަށްފަހު "ޖިންސީ ގުނަވަނަކާމެދު ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކާމެދު އެހެން ޢަމަލެއް ހިންގުން ކަމުގައި ވީނަމަވެސް" މިހެން ބަޔާންކޮށްފައި އޮތުމުން، ޤާނޫނުގެ މަޤުޞަދަކީ ޖިންސީ ގުނަވަނެއް ނުވަތަ ޖިންސީ ގުނަވަން ނނ ގުނަވަނެއް އެކުލެވޭގޮތަށް، ޖިންސީ ނިޔަތެއް އޮވެގެން ހިންގޭ ކޮންމެފަދަ ޢަމަލެއްވެސް ޖިންސީ ޢަމަލުގެ ތެރޭގައި ޝާމިލުކުރުންކަން އެނގޭކަމަށާއި، އެ މާއްދާގައި ޖިންސީ ޢަމަލުކަމުގައި ބެލެވޭނެ ހުރިހާ ޢަމަލުތަކެއްގެ ޝާމިލު ލިސްޓެއް ބަޔާންކުރުމަކީ މުމްކިން ކަމެއްނަމަ، ޤާނޫނު ހަދާ މަޖިލީހުން އެފަދައިން ބެލެވޭނެ ޢަމަލުތައް ލިސްޓުކޮށްފައަ އޮތީސްކަމަށާއި، އެހެންނަމަވެސް ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައި އޮތީ ކޮންމެ ޢަމަލެއްކުރިނަމަވެސް، ޖިންސީ ނިޔަތެއް އޮތްކަމަށްވާނަމަ، އެއީ ޖިންސީ ޢަމަލެއްކަމުގައި ވާނެކަމަށެވެ.
7.10. ޖިންސީ ކުށުގެ ޤާނޫނުގައި ކުށް ބަޔާންކުރާ މާއްދާތަކުގެ ތެރެއިން، މަޙްރަމަކާއެކު ޖިންސް ޢަމަލު ހިންގުމުގެ ކުށް ބަޔާންކުރާ 21 ވަނަ މާއްދާ އާއި، އެއްޖިންސުން ޖިންސީ ޢަމަލު ހިންގުމުގެ ކުށް ބަޔާންކުރާ 24 ވަނަ މާއްދާ އާއި، ޖަނަވާރަކާއެކު ޖިންސީ ޢަމަލު ހިންގުމުގެ ކުށް ބަޔާންކުރާ 25 ވަނަ މާއްދާ އާއި، މައްޔިތަކާއެކު ޖިންސީ ޢަމަލު ހިންގުމުގެ ކުށް ބަޔާންކުރާ 26 ވަނަ މާއްދާ އާއި، ޙަޤީޤަތް އޮޅުވާލުމުގެ ކުށް ބަޔާންކުރާ 36 ވަނަ މާއްދާ އަށް ކްރިމިނަލް ކޯޓުން ރިޢާޔަށްކޮށގެން، "ޖިންސީ ޢަމަލު" ގެ ތެރޭގައި ހިމެނެނީ ކޮން ޢަމަލެއްތޯއާއި، އެ މާއްދާތަކުން، އޮރިޔާން ކާޑު ފޮނުވަން އެދުމާއި، ފޮނުވުމަކީ ޖިންސީ ޢަމަލެއްތޯ ބަލައި، އެގޮތުގެމަތިން އެ ޤާނޫނުގެ 9 ވަނަ މާއްދާ މާނަކުރުމަށް ކްރިމިނަލް ކޯޓުން މަސައްކަތްކޮށްފައިވާއިރު، އެ މާއްދާތަކަށް ޙަވާލާދިން ދިނުމަކީ ދެކޮޅުޖެހޭ ކަމެއް ނ ންކަމަށާއި، އެހެނީ އެ މާއްދާތަކުގައި ބަޔާންކުރާ ކުށް ފުރިހަމަވޭތޯ ބަލމަށު ޓަކައް ރުޖޫޢަވާންޖެހޭ މާއްދާއަކީވެސް 9 ވަނަ މާއްދާކަމުގައވާތީ ކަމަށެވެ.
8.10. މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ (ށ) އަށް ބަލާއިރު، ވަކި ޤާނނެއްގައ ވަކި ބަހެއް މާނަކޮށްފައިވާކަމަށްވާނަމަ، އެހެންގޮތަކަށް އެ ޤާނޫނުގައި ދޭހަނުވާހާ ހިނދަކު، އެ ބަހެއް ބޭނުންކުރަންވާނީ އެ ޤާނޫނުގައި ބޭނުންކޮށްފައިވާ ގޮތަށްކަމގައިވާތީ، ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާގައި "ޖިންސީ ޢަމަލު" އަކީ ކޮބައިކަން ސާފު ޢިބާރާތުން މާނަކޮށްދީފައިވަނިކޮށް، އެ މާނަކުރުން އިތުރަށް "މާނަކޮށް" ތަރުޖަމާކުރުމަށްޓަކައި އެހެން ޤާނޫނެއްގައި އެ ޢިބާރާތަކަށް ދީފައި އޮތް މާނަކުރުމަށް ބަލަންނުޖެހޭނެކަމަށާއި، އެހެންކަމުން، ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާ މާނަކުރުމުގެ އެހީއެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ޤާނނުލްޢުޤބާތުގެ 131 ވަނަ މާއްދާގެ (ށ) އަށް ކްރިމިނަލް ކޯޓުން ރިޢާޔަތްކޮށްފައި އޮތް އޮތުމަކީ ޤާނޫނީގޮތުން ދެކޮޅުޖެހޭކަމެއް ނޫންކަމަށެވެ.
9.10. ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިއޮތީ، "މީހެއްގެ ޖިންސީ ގުނަވަނަކާމެދު ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކާމެދު، އެހެން ޢަމަލެއް ހިންގުން ކަމުގައި ވީނަމަވެސް..." މިހެންކަމަށާއި، އެހެންކަމުން ޖިންސީ ގުނަވަނުގެ ފޮޓޯ ނެގުމާއި، މަންޒަރު ވީޑިއޯކުރުމަކ ޖިންސީ ގުނަވަނަކާމެދު ކުރެވޭ "ޢަމަލެއް" ކަމަށާއި، އެއީ އެމާއްދާގައި ބަޔާންކުރާފަދަ، ޖިންސީ ގުނަވަނަކާމެދު "އެހެން ޢަމަލެއް" ހިންގުންކަމަށާއި، އެ ހިންގާ ޢަމަލަކީ ވަކި ބާވަތެއްގެ ނުވަތަ ވަކި ޒާތެއްގެ ޢަމަލަކަށްވުން ޤާނޫނުން ލާޒިމްކޮށްފައި ނުވާކަމަށެވެ.
10.10. މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާގޮތުން، ރައްޔިތުންގެ މަޖިލީހުން ޤާނޫނެއް ފާސްކުރުމުގައި، ވަކި ކަމެއް އެ ޤާނޫނުގައި ބަޔާންކުރުމަށް ބޭނުންކޮށްފައިވާ ބަސް ނުވަތަ ޢިބާރާތް ނުވަތަ ޖުމުލައިން ދޭހަވާ ޢާއްމު މާނަ، އެގޮތުގައި ދެމެހެއްޓުމަށް އިސްކަންދިނުމަކީ ޢާއްމު މާނައަށް ބެލުމުގެ އުޞޫލުން ޤާނޫނު މާނަކުރާއިރު، ބޭނުންކުރަންޖެހޭ އެއް ހަމަކަމަށާއި، ހަމަ އެގޮތަށް އެ މާއްދާގެ (ނ) ގައި ބަޔާންކުރާ އަނެއް ހަމައަކީ، ބަހެއް ނުވަތަ ޢިބާރާތެއް ނުވަތަ ޖުމުލައއެ ބޭނުންކޮށްފައިވާ ގޮތުން އޭގެން ވަކި މާނައެއް ދޭހަވާކަމަށްވާނަމަ، އެ ދޭހަވާ މާނަ އެއަށްވުރެ ފުޅާ ކުރުމަކީ ނުވަތަ އޭގައި ނުހިމެނޭ ކަންތައްތަކެއް އޭގައި ހިމެނުމަށް މަސައްކަތްކުރުމަކީ، ރަނގަޅުގޮތެއް ނ ންކަމަށް ބެލުންކަމަށެވެ.
11.10. އެހެންކަމުން، ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކުރާ "އެހެން ޢަމަލެއް ހިންގުން" ވަކި ޢަމަލުތަކަކަށް ޤާނޫނުން މަޙުދ ދ ނުކޮށް، އޭގެ ތެރޭގައި ހަމަ ކޮންމެ ޢަމަލެއްވެސް ހިމެނިދާނެގޮތަށ ފުޅާކޮށް ބަޔާންކޮށްފައިވަނިކޮށ، އެ މާއްދާ ތަޠުބީޤުކުރެވޭން ދާއިރާ ހަނިވާގޮތަށް ކްރިމިނަލް ކޯޓުން އެ މާއްދާ މާނަކޮށްފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ އުޞޫލުތަކާ ޚިލާފަށްކަމަށެވެ.
12.10. ޖިންސީ ގުނަވަނުގެ ފޮޓޯ/ވީޑިއޯ ފޮނުވުމަށް އެދުމާއި، ފޮނުވުމާއި، ލިބިގަތުމަކީ ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކުރާ "އެހެނ ޢަމަލެއް ހިންގުން" ކަމަށް ބެލެވޭނެކަމަށާއި، އެހެންކަމުން، މި މައްސަލައިގައި މުޙއްމަދަ ފަވާޒު ލުޠުފައާއި އަޙްމަދާ ދެމެދު ހިންގާފައިވާ ޢަމަލަކީ، އެކަށީގެންވާ ވިސްނުމަކުން ވިސްނާއިރު، ޖިންސީ ނިޔަތެއް އޮވެގެން ހިންގި ޢަމަލެއްކަމަށް ޤަބޫލުކުރެވޭ ޢަމަލެއްތޯ ނުވަތަ އެ ޢަމަލު ހިންގި ޙާލަތުގައި އެކަން ހިންގާފައިވަނީ ޖިންސީ ނިޔަތެއް ނ ނ އެހެން ސަބަބެއް އޮވެގެން ކަމުގައި ބެލެވެން އޮތްތޯ ވަޒަންކުރުމުގެ ބޭނުމަށް، މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށާއި، އޮރިޔާން ކާޑު ފޮނުވަން އެދުމާއި، ފޮނުވުމުގެ ޢަމަލު ހިންގި ޙާލަތަށް ނަޒަރުކުރަންޖެހޭކަމަށް ދައުލަތުން ދެކޭކަމަށެވެ.
13.10. އެގޮތުން، މުޙައްމަދު ފަވާޒު ލުޠުފީއާއި އަޙްމަދ ދެމެދާ ހިންގި މުޢާމަލާތަށް ޖުމުލަކޮށް، އެކަށީގެންވާ ވިސްނުމަކުން ބަލާއިރު، އެއީ ޖިންސީ ނިޔަތެއް އޮވެގެން ހިންގި ޢަމަލެއްކަމަށް ޤަބޫލުނުކުރެވޭ ސަބަބެއް ނެތްކަމަށާއި، އެކަށީގެންވާ ވިސްނުމަކުން ވިސްނާއިރު، އޮރިޔާން ކާޑު ފޮނުވުމަށް އެދޭނީ، އަދި އަމިއްލައަށް ފޮނުވާނީވެސް ޖިންސީ ނިޔަތެއް އޮވެގެންކަމަށާއި، ދެ ފަރާތުގެ ދެމެދުގައި ބަދަލުކޮށްފައިވާ މެސެޖުތަކަށް ބެލުމުން، ޚުދު މުޙައްމަދު ފަވާޒު ލުޠުފީވެސް ވަނީ ޖިންސީ ނިޔަތް އޮތްކަން ދައްކުވައިދޭގޮތަށް އަޙްމަދާ ވާހަކަދައްކާފައިކަމަށއި، އަޙްމަދާއެކު މުޙައްމަދު ފަވާޒު ލުޠުފީ ކުރި މުޢާމަލާތުގައި އިތުރު މަޤުޞަދެއް (މޯޓިވއެއް) އޮތުމަކީ މުޙައްމަދު ފަވާޒު ލުޠުފީގެ ޖިންސީ ނިޔަތެއް ނެތްކަމަށެ ބެލެވޭނޭ ސަބަބެއް ނޫންކަމަށާއި، ބްލެކްމެއިލްކޮށްގެނ މާލް މަންފާއެއް ލިބިގަތުމުގެ މަޤްޞަދއެކާ ޖިންސީ ނިޔަތްވެސް އޮވެދާނެކަމަށާއި، އެ މުޢާމަލާތް ހިންގި ޙާލަތަށް ބަލާއިރުވެސް، އަޙްމަދަށް މުޙައްމަދު ފަވާޒު ލުޠުފީ އުފައްދައިދީފައިވާ ތަޞައްވުރަކީ އަދި ޤަބ ލުކޮށްދީފައިވަނީ، ދެ ފަރާތުގެ ދެމެދުގައި ޖިންސީ އެދުންވެރިކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް އޮތްކަމަށކަމަށާއި، ސްނެޕްޗެޓުނ މުޙައްމަދް ފަވާޒު ލުޠުފީއާ އަޙްމަދު ވާހަކަދައްކަމުން ދިޔައީ އަޙްމަދުގެ ޝަހުވާނީ އެދުންތައް ފުއްދުމަށްކަމަށާއި، މުޙައްމަދު ފަވާޒު ލުޠުފީ ދިޔައީ އޭނާގެ ބަހުންނާއި ޢަމަލުން (އަންހެނެއްގެ ފޮޓޯއާއި ވީޑީއޯ ފޮނުވައިގެން) އަޙްމަދުގެ އެދުންތަކަށް އިޖާބަދެމުންކަމަށާއި، އެހެންކަމުން، އަޙްމަދަށް އެފަދަ ތަޞައްވުރެއް ދައްކުވައިދީގެން އޭގެ މައްޗަށް ދެފަރާތުން އޮރިޔާން ކާޑު ބަދަލުކޮށް، ކަންވެ ނިމުނުފަހުން، ޖިންސީ ނިޔަތެއް ނެތްކަމުގެ މަންފާ ލިބިގަތުގެ ފުރުޞަތު، މުޙައްމަދު ފަވާޒު ލުޠުފީއަށ އޮވެގެން ނުވާނެކަމަށެވެ.
11އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްޞީލުގައި ދައުލަތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
1.11. ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 115 ވަނަ މާއްދާގެ
(ބ) ގައި، ދަޢުވާއަށް ޖަވާބުދާރީވުމަށް ދަޢުވާލިބޭ ފަރާތަށް ދެވޭ ފުރުޞަތުގައި ދަޢުވާއަށް އިންކާރުކޮށްފިނަމަ، ހުށަހެޅިފައިވާ ދަޢުވާއަށާއި، އެ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހާ ހެއްކަށް ރިޢާޔަތްކުރާއިރު، ދަޢުވާލިބޭ ފަރާތުގެ މައްޗަށް އެ ދަޢުވާ ކުރެވޭނެ ތަނެއް އޮތްކަމަށް، މަދަނީ މިންގަނޑުން ބަލާއިރު ފަނޑިޔާރަށް ޤަބ ލުކުރެވިއްޖެ ހިނދެއްގައި، އެ ދަޢުވާއާއިގެން ކުރިއަށް ދެވޭނެކަމަށް ކަނޑައަޅަންވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، އެހެންނަމަވެސް، ދަޢުވލިބުނާ މުޙައްމަދު ފަވާޒު ލުޠުފީ ޖިންސީ ޢަމަލެއް ހިންގިކަމުގެ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާކަމަށް ބަޔާންކޮށް، އަދި ބަހުސްގެ ބޭނުމަށް އޮރިޔާން ކާޑު ފޮނުވުމަކީ ޖިންސީ ޢަމަލެއްކަމަށް ބެލިނަމަވެސް، މުޙައްމަދު ފަވާޒު ލުޠުފީގެ ކިބައިގައި ޖިންސީ ނިޔަތެއް އޮތްކަން ދަލާލަތުކޮށްދޭ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާ ކަމަށް ބަޔާންކޮށް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދަޢުވާއައިގެން ކުރިއަށް ދާނެ ތަނެއް ނެތްކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާކަމަށެވެ. މީގެ ފަހުން "ޖިނާއީ އިޖުރާއަތުގެ ޤާނ ނ" ކަމަށް ބަޔާންކުރެވިފައި.
2.11. މަދަނީ މިންގަނޑުން ބަލާއިރު، ދަޢުވާއަ އިގެނ ކުރިއަށްދާން ތަނެއް އޮތްކަން ނުވަތަ ނެތްކަން ނިންމާއިރު، ބަލަންޖެހޭ މިންގަނޑު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢާއިޝަތު ޢާޒިމާ ޝަކ ރ [2002] SC 30 ޤަޟިއްޔާގައި ކަނޑައަޅާފައިވާކަމަށާއި، އެގޮތުން މަދަނީ މިންގަނޑުން ދަޢުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅުމުގެ މިންގަނޑަކީ، ކުށް ސާބިތުކުރުމަށް ފުދޭ މިންވަރުގެ ހެކި ހުރިތޯ ބެލުން ނޫންކަމަށާއި، އެއީ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިތޯ ބެލންކަމަށެވެ.
3.11. އެހެންނަމަވެސް ކްރިމިނަލް ކޯޓުގެ ނިންމު މުގައި، ޖިންސީ ޢަމަލެއް ނުވަތަ ޖިންސީ ނިޔަތެއް އޮތްކަން އެނގޭ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަމަށް ކަނޑައަޅާފައިވަނީ، ދަޢުވާ ފޯމާއެކު ހުށަހަޅާފައިވާ ހެކިތަކަށް އެއްވެސް މިންވަރަކަށް ނަޒަރުކުރުމެއ ނެތް ކަމަށާއި، ދަޢުވާލިބުނު މުޙައްމަދު ފަވާޒު ލުޠުފީ ކުށްކުރިކަމަށް ތުހުމަތުކުރެވޭ އެކަށީގެންވާ މިންވަރުގެ ހެކި ހުށަހަޅާފައިވާނޭ ކަމަށާއި، އެ ހެކިތަކުން ސާބިތުކޮށްދޭން ބޭނުންވާ ކުށުގެ ޢުންޞުރުތައް ޙަޤީޤަތުގައިވެސް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައަޅަންވާނީ މައުޟޢީގޮތުނ މައްސަލް ބަލައި، ހެކި ވަޒަންކޮށް، އަދި އެކަމާ ގުޅިގެން ޚަޞްމުން ހުށަހަޅަން ބޭނުންވާ ޤާނޫނީ ބަހުސްތައް ހުށަހެޅުމުގެ ފުރުޞަތު ދިނުމަށްފަހު، ޝަރީޢަތްކޮށްގެން ނިންމާ ޙުކުމަކުން ކަމަށެވެ.
4.11. އޭގެ އިތުރުން، މަދަނީ މިންގަނޑުން ބަލާއިރުމައްސަލަ ކުރިއަށްގެންދެވެން ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އެފަދަ ނިންމުމެއް ނިންމުމަށް އޮންނަ އިޖުރާއީ ތަރުތީބާ ޚިލާފަށްކަމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޤަޟިއްޔާ ނަންބަރު 2022/SC-A/42 އަދި 2022/SC-A/43 އިބްރާހީމް ފުއާދު ޤަޟިއްޔާއަށް ބަލާއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އިބްތިދާއީ މަރުޙަލާގެ ތަރުތީބަކީ ކޮބައިކަން އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާކަމަށާއި، އަދި އެ ނިންމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ޒައިދާން ޢަލީ ޤަޟިއްޔާގައި ދަމަހައްޓާފައިވާކަމަށއި، ބުނެވިދިޔަ ޙުސައިން ޒައިދާން ޢާލީ ޤަޟިއްޔާގައި ދަށު ކޯޓުން މަދަނީ މިންގަނޑުން ނިންމި ނިންމުން ބާޠިލުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ އިބްރާހީމް ފުއާދު ޤަޟިއްޔާގައި ހައިކޯޓުން ކަނޑައަޅާފައިވާ ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ ތަރުތީބާ ޚިލާފަށް މައްސަލަ ނިންމާފައިވާތީކަމަށެވެ.
5.11. އެގޮތުން ބަލާއިރު، މި މައްސަލައިގައިވެސްކަނ ހިންގާފައިވަނީ އިބްރާހީމް ފުއާދު ޤަޟިއްޔާގައި ހައިކޯޓުން ކަނޑައަޅާފައިވާ ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ ތަރުތީބާ ޚިލާފަށްކަމަށެވެ. ޤަޟިއްޔާ ނަންބަރު 2020/HC-A/183 ޤަޟިއްޔާ ނަންބަރު 2025/HC-B12/18 އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް
12މި މައްސަލައިގައި ދައުލަތުގެ ފަރާތުން އެދިފައިވަނީ: -
1.12. ކްރިމިނަލް ކޯޓުގެ ނަންބަރު 2025)2026/01-B10(769-145 "މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމި ނިންމުން" ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ
(ރ)އާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި، އަދި
2.12. ކްރިމިނަލް ކޯޓުގެ ބުނެވިދޔަ ނިންމުގައި، ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާ މާނަކޮށް، އެ ޤާނޫނުގެ 35 ވަނަ މާއްދާ ތަޠުބީޤުކޮށްފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާއާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި، އަދި
3.12. ކްރިމިނަލް ކޯޓުގެ ބުނެވިދިޔަ ނިންމުން ބާޠިލުކޮށް، މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް ކަނޑައަޅައިދިނުމަށާއި، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާ ތާރީޚުން ފެށިގެން ރަސްމީ 07 (ހަތެއް) ދުވަހުގެ ތެރޭގައި އަލުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިނަމަ، މައްސަލަ އޮތް ހިސާބުން ފެށިގެން ކުރިއަށް ގެންދަންޖެހޭނެކަމަށް ކަނޑައަޅައިދިނުމަށެވެ.
އިސްތިއުނާފީ ނުކުތތަކުގާ ޖަވާބު
13އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބުގައި މުޙައްމަދު ފަވާޒު ލުޠުފީގެ ފަރާތުން ބުނެފައިވަނީ، މި މައްސަލައިގއަ ދައުލަތުގެ މައިގަނޑު އިސްތިއުނާފީ ނުކުތާއަކީ އެންމެ ނުކުތާއެއްކަމަށާއި، އެއީ ދަޢުވާ ސާބިތުކުރުމަށް ހެކި ޤަރީނާ ހުށަހަޅާފައިވނިކޮށަ މައްސަލް ނިންމާފައިވާތީ ހުށަހަޅާ ނުކުތާކަމަށާއި، އެހެންނަމަވެސް އެ ހެކި ޤަރީނާ ވަޒަންކުރުމުގއަ ކްރިމިނަލް ކޯޓުން ހަދާފައިވާ ޤާނޫނީ ގޯހެއް ދައުލަތަށް ބުނެދެވިފައިނުވާކަމަށާއި، އެހެންކަމުން މިއިސްތިއުނާފަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 2-198 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ [2022] SC 39 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އސްތިއުނާފި އޮޅިގަނޑު ގިރާކުރެވޭވަރުގެ އިސްތިއުނާފެއް ނޫންކަމަށެވެ. އެއަށްފަހު، ދައުލަތުގެ އިސްތިއުނާފީ ނުކުތާތަކަށް، ބަހުސްގެ ބޭނުމަށްޓަކައި، މުޙައްމަދު ފަވާޒު ލުޠުފީގެ ފަރާތުން ޖާބުދީފައިވެއެވެ.
14އިސްތިއުނާފީ ފުރަތަމަ ނުކުތގާ ޖަވާބުގައި މުޙައްމަދު ފަވާޒު ލުޠުފީގެ ފަރާތުން އަންނަނިވިކަންކަން ފާހަގަކޮށްފައިވެއެވެ.
1.14. ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާ މާނަކޮށް، އެ ޤާނޫނުގެ 35 ވަނަ މާއްދާ ތަޠުބީޤުކޮށްފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާއާ ޚިލާފަށްކަމަށް ދައުލަތުން ފާހަގަކޮށްފައިވީނަމަވެސް، ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާ ކްރިމިނަލް ކޯޓުން މާނަކޮށްފައިވޭތޯއާއި، ނުވަތަ އެ މާއްދާއިން ވަކި ނަތީޖާއެއް ނެރެފައިވޭތޯ ބަލަންޖެހޭކަމަށާއި، ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާގައި، "ޖިންސީ ޢަމަލު" މާނަކޮށްދީފައިވާގޮތަށް ބަލާއިރު، އެ މާއްދާއަކީ "ޖިންސީ ޢަމަލު" ދެނެގަންނަ މާއްދާކަން އެނގެން އޮންނަކަމަށާއި، އެ މާއްދާގައި ބުނެފައިވާ ޢަމަލުތަކަކީ ސީދާގޮތެއްގައި ޖިންސީ ގުނަވަނަކާ ފިޒިކަލީ ބެހިގެނ ކުރް ޢަމަލުތައްކަމަށާއި، އެހެންކަމުން ކްރިމިނަލް ކޯޓުގެ ނިންމުމުގައި އެމާއްދާ އެއްވެސް ގޮތަކަށް މާނަކޮށް، ވަކި ނަތީޖާއެއް ނެރެފައިވާކަމަށް ނުދެކޭކަމަށެވެ.
2.14. ޖިންސީ ކުށުގެ ޤާނޫނުގެ 35 ވަނަ މާއްދާ ތަޠުބީޤުކުރީ ގޯސްކޮށްކަމަށް ދައުލަތުން ބުނފައިވީނަމަވެސް، އެ މާއްދާއަކެ ކުށާއި އަދަބު ބަޔާންކޮށްދޭ މާއްދާކަމަށާއި، އެގޮތުން ޤަޟިއްޔާ ންނަބަރު 51/A-2022/SC އެމާއްދާގައި ބަޔާންކުރާ ބްލެކްމެއިލްކުރުމަކީ، ރޭޕްކުރުމުގެ ކުށް ކުރުމަށްފަހު، ނުވަތަ ޖިންސީ އަނިޔާގެ ކުށް ކުރުމަށްފަހު، ނުވަތަ ޖިންސީ ގޯނާ ކުރުމަށްފަހު، ނުވަތަ ޖިންސީ ޢަމަލެއް ހިންގުމަށްފަހު، އެއިން ކަމަކާ ވިއްދައި، އެއިން ކަމެއްގެ ޝިކާރައަކަށްވީ ފަރާތެއް ނުވަތަ އޭނާގެ ޢާއިލާގެ މީހަކު ބްލެކް މެއިލްކުރުންކަމަށާއި، އެހެންކަމުން މިމާއްދާގެ ދަށުން ބްލެކްމެއިލްކުރުމުގެ ކުށް ތަޖްރީމްކުރުމުގައި އަދި އެ ކުށް ހިނގާފައިވާކަން ދެނެގަތުމަށްޓަކައި އެ މާއްދާގައި ބަޔާންކުރާ 4 (ހަތަރެއް) ކަމުގެ ތެރެއިން ކަމެއް ފުރިހަމަވެފައި އޮންނަންވާނެކަމަށް އެ މާއްދގައާ ސާފުކޮށް ބަޔާންކޮށްފައިވާކަމަށެވެ.
3.14. ޢާއްމު މާނައަށް ބެލުމުގެ އުޞޫލަކީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާ ބުނާގޮތުން ޤާނ ނ މާނަކުރުމުގައި ކުރަންޖެހޭ ކަމެއް ކަމަށާއި، ކްރިމިނަލް ކޯޓުގެ ނިންމުމުގައި އެ މާއްދާ ތަޠުބީޤުކޮށްގެން އެއްވެސް ކަމެއް މާނަކޮށްފައިނުވާކަމަށާއި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނަށް ޙަވާލާދިނުމަށްފަހު، ޤާނ ނުތަކުގައި "ޖިންސީ ޢަމަލު" މާނަކޮށްފައިވާ ގޮތް ގެނެސްދީފައިވާކަމަށާއި، އެއީ މާނަކުރުމެއްކަމަށް ނުދެކޭކަމަށާއި، އެއީ ޙައްލު ހޯދުމަށް މަސައްކަތްކުރުން ކަމަށެވެ.
15އިސްތިއުނާފީ ދެވަނަ ނުކުތގާ ޖަވާބުގައި މުޙައްމަދު ފަވާޒު ލުޠުފީގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
1.15. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެ ޤާނޫނުގެ 107 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަޢުވާއަށް ޖަވާބުދާރީވުމަށް ދަޢުވާލިބޭ ފަރާތަށް ދެވޭ ފުރުޞަތުގައި ދަޢުވާއަށް އިންކާރުކޮށްފިނަމަ، ހުށަހެޅިފައިވާ ދަޢުވާއަށާއި، އެ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހާ ހެއްކަށް ރިޢާޔަތްކުރާއިރު، ދަޢުވާލިބޭ ފަރާތުގެ މައްޗަށް އެ ދަޢުވާ ކުރެވޭނެ ތަނެއް ނެތްކަމަށް، މަދަނީ މިންގަނޑުން ބަލާއިރު ފަނޑިޔާރަށް ޤަބ ލުކުރެވިއްޖެ ހިނދެއްގައި، އެ ދަޢުވާއައިގެން ކުރިއަށްދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، އެއީ ބާޠިލު ދަޢުވާއެއްކަމުގައި ކަނޑައަޅަންވާނެކަމަށް ބަޔާންކޮށްފައިވާކަމަށާއި، މި ނުކުތާގައި ދައުލަތުގެ ހަމައެކަނި ކަންބޮޑުވުން އޮތީ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެއްކަށް ރިޢާޔަތްކޮށްފައި ނުވުންކަމަކަށް ބުނާއިރު އެއީ ރަނގަޅު ވާހަކައެއް ނ ންކަމަށެވެ.
2.15. އެގޮތުން، ޖިންސީ ކުށުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) ގައި ބުނާ ޖިންސީ ޢަމަލެއް ހިންގުމާ ގުޅޭ ދަޢުވާގައި، މަދަނީ މިންގަނޑުން އެ ދަޢުވާއައިގެން ކުރިއަށް ދެވިދާނެކަން ނުވަތަ ނޫންކަން ބެލުމުގައި ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭ 02 (ދޭއް) ކަމެއް ވާކަން އެނގޭކަމަށާއި، އެއީ އެންމެ ފުރަތަމަ ހުށަހެޅިފައިވާ ދަޢުވާއަށް ބެލުންކަމަށާއި، އެއަށްފަހުގައި، އެ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިތަކަށް ބެލުންކަމަށާއި، ޖަވާބުދާރީވާންޖެހޭ ދަޢުވާއެއް އޮތްތޯ ބަލާއިރު، ދަޢުވާއަކީ ކޮބައިކަމާއި، ދަޢުވާ ބިނާވާ ޤާނޫނީ އަސާސްތަކާއި، އެ އަސާސްތައް ދަޢުވާލިބޭ ފަރާތުގެ މައްޗަށް ތަޠުބީޤުވޭތޯ ބެލިދާނެކަމަށާއި، އެ ކަންކަން ދަޢުވާލިބޭ ފަރާތުގެ މައްޗަށް ތަޠުބީޤުކުރވެ ނަމަ، އޭގެފަހުގައި ހެކިތަކަށް ރިޢާޔަތްކޮށްގެން ގޮތެއް ނިންމިދާނެކަމަށެވެ.
3.15. ޖިނާއީ އިޖުތާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގައި، މަދަނީ މިންގަނޑުން ޕްރީމާ ފާސީ ކޭސްއެއް އޮތްތޯ ނުވަތަ ނ ކޭސް ޓު އާންސަރ ދެނެގަތުމުގައި ހަދަންޖެހޭ ޓެސްޓު ބަޔާންކޮށްފައި ނުވާކަމަށާއި، ޕްރީމާ ފާސީ ކޭސްއެއް އޮތްތޯ ނުވަތަ ނ ކޭސް ޓު އާންސަރ ދެނެގަތުމުގައި Test Galbraith The އަކީ ޒަމާނީ ގިނަ ޖުރިސްޑިކްޝަންތަކުގައި ޖިނާއީ ޢަދުލުގެ ނިޒާމުގައި ބޭނުންކުރާ ޓެސްޓުކަމަށވެ.
4.15. ކްރިމިނަލް ކޯޓުގެ ނިންމުމުގައި، ހުށަހެޅިފައިވާ ދަޢުވާ އަށާއި، އެ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ދައުލަތުން ބުނާ ވާހަކައަކީ ރަނގަޅު ވާހަކައެއް ނ ންކަމަށާއި، ކްރިމިނަލް ކޯޓުގެ ނިންމުމުގެ 21 ވަނަ ނުކުތާއަށް ބެލުމުން، ދައުލަތުގެ އެ ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއް ނޫންކަން އެނގޭކަމަށާއި، ސުޕްރީމް ކޯޓުގާ އެއްވެސް ނިންމުމަކާ ކްރިމިނަލް ކޯޓުން ޚިލާފުވެފައި ނުވާކަމަށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް
16މުޙައްމަދު ފަވާޒު ލުޠުފީގެ ފަރާތުން މި މައްސަލައިގއަ އެދިފައިވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއް ނޫންކަމަށް ކަނޑައަޅައިދިނުމަށެވެ.
ފާހަގަކުރެވުނު ކަންތައްތައް
17ހުށަހެޅިފައިވާ އިސްތިއުނާފަށާއި، ޝަރީޢަތުގެ އަޑުއެހުމުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބިނާކޮށް މި މައްސަލައިގއަ ޖަވާބު ދޭންޖެހޭނެ އަންނަނިވި ސުވާލުތަކަށެވެ.
1.17. މީހެއްގެ ޖިންސީ ގުނަވަނުގެ ފޮޓޯ/ވީޑިއޯ ފޮނުވަން އެދުމާއި، ފޮނުވުމާއި، ލިބިގަތމު އާ، އަދި ޖިންސީ ގުނަވަނުގެ ފޮޓޯ ނެގުމާއި، ވީޑިއޯކުރުމކީ، ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާގައި ބުނާ "ޖިންސީ ޢަމަލު" ގެ ތެރެއަށް ވަންނަ ޢަމަލެއްތޯ؟
2.17. ޖިންސީ ކުށުގެ ޤާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ބްލެކްމެއިލްކުރުމުގެ ކުށުގެ ދަޢުވާ، މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވެން ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމީ، އެކުށް ކުރިކަމަށް އެކަށީގެންވާ މިންވަރުގެ ހެކި ހުށަހެޅިފައި ވަނިކޮށްތޯ؟
3.17. މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށްގެންދެވެނ ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމފައިވަނާ އެފަދަ ނިންމުމެއް ނިންމުމަށް އޮންނަ އިޖުރާއީ ތަރުތީބާ ޚިލާފަށްތޯ؟ މީހެއްގެ ޖިންސީ ގުނަވަނުގެ ފޮޓޯ/ވީޑިއޯ ފޮނުވަން އެދުމާއި، ފޮނުވުމާއި، ލިބިގަތުމާއި، އަދި ޖިންސީ ގުނަވަނުގެ ފޮޓޯ ނެގުމާއި، ވީޑިއޯކުރުމަކީ، ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާގައި ބުނާ "ޖިންސީ ޢަމަލު" ގެ ތެރެއަށް ވަންނަ ޢަމަލެއް ތޯ؟
18މި މައްސަލައިގައި މުޙައްމަދު ފަވާޒު ލުޠުފީގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުލަތުން ދަޢުވާކޮށްފައިވަނީ، ޖިންސީ ކުށުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ)އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން ބްލެކްމެއިލްކުރުމުގެ ދަޢުވާއެވެ.
19ޖިންސީ ކުށުގެ ޤާނޫނުގެ 35 ވަނަ މާއްދާގައިވަނީ އަންނަނިވި ފަދައިންނެވެ.
35)ހ( . ރޭޕްކުރުމުގެ ކުށް ކުރުމަށްފަހު، ނުވަތަ ޖިންސީ އަނިޔާގެ ކުށް ކުރުމަށްފަހު، ނުވަތަ ޖިންސީ ގޯނާގެ ކުށް ކުރުމަށްފަހު، ނުވަތަ ޖިންސީ ޢަމަލެއް ހިންގުމަށްފަހު، އެއިން ކަމަކާ ވިއްދައި، އެއިން ކަމެއްގެ ޝިކާރައަކަށްވީ ފަރާތެއް ނުވަތަ އޭނާގެ ޢާއިލާގެ މީހަކު ބްލެކްމެއިލް ކުރުމަކީ، ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 3 (ތިނެއް) އަހަރާއި 5 (ފަހެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
20މި ދަޢުވާ ބިނާކޮށްފައިވަނީ، މުޙައްމަދު ފަވާޒު ލުޠުފީ، 2021 ވަނަ އަހަރުގެ ތެރޭގައި ސްނެޕް ޗެޓުން “Kamanasall” ޔު ސަރ ނޭމްގައި ހަދާފައިވާ އައިޑީ އަކުން މުޙައްމަދު ފަވާޒު ލުޠުފީއަކީ އަންހެނެއްކަމަށް ދައްކައި ޙަޤީޤަތް އޮޅުވާލައިގެން، އަޙްމަދާ ސްނެޕ ޗެޓް މެދުވެރިކޮށް ޗެޓްކޮށް، އަޙްމަދުގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ ފޮނުވުމަށް މުޙައްމަދު ފަވާޒު ލުޠުފީ އެދުމުން، އަޙްމަދު ފޮނުވި އޭނާގެ އޮރިޔާން މަންޒަރު ފެންނަ ފޮޓޯ އަދި ވީޑިއޯ އެހެން ފޯނަކުން ވީޑިއޯކޮށް، މުޙައްމަދު ފަވާޒު ލުޠުފީ ބުނި ޢަދަދަށް ފައިސާ ނުދީފިނަމަ، އެ ފޮޓޯ އަދި ވީޑިއޯ ލީކުކޮށްލާނެކަމަށް ބުނެ، އަޙްމަދަށް ބިރުދައްކައި، އަޙްމަދު ބްލެކްމެއިލްކޮށްފައިވާކަމަށް މުޙައްމަދު ފަވާޒު ލުޠުފީގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅިގެންނެވެ.
21ދައުލަތުން މުޙައްމަދު ފަވާޒު ލުޠުފީގެ މައްޗަށް ޖިންސީ ކުށުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ބްލެކްމެއިލްކުރުމުގެ ކުށުގެ ދަޢުވާ ކޮށްފައިވަނީ، އެ މާއްދާގައި ޙަވާލާދީފައިވާ ކޮން ކުށެއް ނުވަތަ ކޮން ޢަމަލަކާ ގުޅިގެންތޯ މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގައި ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި ދައުލަތާ ސުވާލުކުރެވުނު ހިނދު، ދައުލަތުން އޭގެ ޖަވާބުގައި ބުނެފައިވަނީ، އެ މާއްދާގައި ބަޔާންކުރާ "ޖިންސީ ޢަމަލު" ހިންގުމަށްފަހު އެކަމާ ވިއްދައި ބްލެކްމެއިލްކޮށްފައިވާތީކަމަށވެ.
22މުޙައްމަދު ފަވާޒު ލުޠުފީ ހިންގިކަމަށް ބުނާ ޢަމަލަކީ ޖިންސީ ޢަމަލެއްކަމަށް ބަލައިގެން، އެ ޢމަލަ ވިއްދައި ބްލެކްމެއިލްކޮށްފައިވތީކަމަށްބުނާ ޖިންސީ ކުށުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ބްލެކްމެއިލްކުރުމުގެ ކުށުގެ ދަޢުވާ ދައުލަތުން ކށްފައިވޮ މި ޙާލަތުގައި، މުޙައްމަދު ފަވާޒު ލުޠުފީގެ މައްޗަށް ހުށަހެޅުނު މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުގައި އޮތް އަސާސީ ބަހުސަކީ، މީހެއްގެ ގާތުގައި ޖިންސީ ގުނަވަނުގެ ފޮޓޯ/ ވީޑިއޯ ފޮނުވަން އެދުމާއި، ފޮނުވުމާއި، ލިބިގަތުމަކީ، ޖިންސީ ކުށުގެ ޤާނޫނުގެ ބޭނުމަށްޓަކައި، "ޖިންސީ ޢަމަލު"ކަމަށް ބެލެވޭނެ ޢަމަލއެކަނ ނުވަތް ނ ންކަމާމެދު އޮތް ބަހުސެވެ.
23ކްރިމިނަލް ކޯޓުގެ ނިންމުމުގެ މައިގަނޑު ބިނާއަކީ، ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާގައި "ޖިންސީ ޢަމަލު" މާނަކޮށްފައިވާއިރު، މުޙައްމަދު ފަވާޒު ލުޠުފީ ކޮށްފައިވާކަމަށް ބުނާ ޢަމަލު (އޮރިޔާން ކާޑް ފޮނުވަން އެދުމާއި، އެ ބޭނުންކޮށްގެން ބްލެކްމެއިލްކުރުމުގެ ޢަމަލު) އެއީ، އެ މާއްދާގައި ބަޔާންކޮށްފައިވާ ޖިންސީ ޢަމަލުގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައި ބެލެވެން ނެތްކަމަށެވެ. އެ ސަބަބަށްޓަކައި، މުޙައްމަދު ފަވާޒު ލުޠުފީ ކުޅަ ޢަމަލުގައި، ޖިންސީ ކުށުގެ ޤާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ބްލެކްމެއިލްކުރުމުގެ ކުށުގެ ޢުންޞުރުތައް ފުރިހަމަ ނުވާކަމަށެވެ. އަދި ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ ތަޢުރީފުގައި ބުނާފަދަ ޖިންސީ ޢަމަލެއް މުޙައްމަދު ފަވާޒު ލުޠުފީ ހިންގިކަމަށް ބާރުދޭ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަމަށެވެ.
24ޖިންސީ ކުށުގެ ޤާނޫނުގެ ބޭނުމަށްޓަކައި، އެ ޤާނޫނުގެ 9 ވަނަ މާއްދާގައި "ޖިންސީ ޢަމަލު" މާނަކޮށްދީފައިވެއެވެ. އެގޮތުން، އެ މާއްދާ ތިރީގައި ނަކަލުކޮށްފައި އެވަނީއެވެ.
9. "ޖިންސީ ޢަމަލު" ކަމަށް ބުނެފައި އެވަނީ، މީހަކާއެކު ޒިނޭކުރުނ ކަމުގައް ވީނަމަވެސް، ނުވަތަ މީހެއްގެ ޖިންސީ ގުނަވަނެއްގައި އަތްލުން ކަމުގައި ވީނަމަވެސް، ނުވަތަ މީހެއްގެ ޖިންސީ ގުނަވަނަކާމެދު ނުވަތަ ޖިންސީ ގުނަވަން ނ ން ގުނަވަނަކާމެދު، އެހެން ޢަމަލެއް ހިންގުން ކަމުގައި ވީނަމަވެސް، އެކަށީގެންވާ ވިސްނުމަކުން ވިސްނާއިރު، މީހަކު އެހެން އެ ހިންގި ޢަމަލެއް އެ ހިންގީ، ޖިންސީ ނިޔަތެއް އޮވެގެންކަމަށް ޤަބލުކުރވޭނެ ޢަމަލަށެވެ. ނުވަތަ އެ ޢަމަލެއް ހިންގި ޙާލަތުގައި އެ ޢަމަލެއް ހިންގާފައިވަނީ ޖިންސީ ނިޔަތެއް ނ ނ އެހެން ސަބަބެއް އޮވެގެން ކަމުގައް ބެލެވެން ނެތް ޢަމަލަށެވެ.
25މި މާއްދާއަށް ބަލާއިރު، ޖިންސީ ކުށުގެ ޤާނޫނުގެ ބޭނުމަށްޓަކައި "ޖިންސީ ޢަމަލު" ކަމަށް ބެލެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ޢަމަލަށެވެ.
1.25. މީހަކާއެކު ޒިނޭކުރުން؛ އަދި/ނުވަތަ
2.25. މީހެއްގެ ޖިންސީ ގުނަވަނެއް ގައި އަތްލުން؛ އަދި/ނުވަތަ
3.25. މީހެއްގެ ޖިންސީ ގުނަވަނަކާމެދު ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކާމެދު އެހެން ޢަމަލެއް ހިންގުން؛ ޖިންސީ ކުށުގެ ޤާނޫނުގެ 69 ވަނަ މާއްދާގެ (ލ) ގައި، ޖިންސީ ގުނަވަން މާނަކޮށްދީފައިވެއެވެ. އެގޮތުން ޖިންސީ ކުށުގެ ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، "ޖިންސީ ގުނަވަނެއް" ކަމަށް އެ ޤާނޫނުގައި ބުނެފައިވަނީ، ފިރިހެނެއްގެ ނަމަ އޭނާގެ ކުރިމަތި ފަރާތަ ށެވެ. އަންހެނެއްނަމަ އޭނާގެ ކުރިމަތި ފަރާތަށާއި، މޭމައްޗަށެވެ. މީގެ އިތުރުން، އެ ޤާނޫނުގައި ބަޔާންވެގެންވާ ރޭޕްގެ ކުށުގެ ޢަމަލުގެ މަޙައްލުގައި، ނުވަތަ ޖިންސީ ގޯނާގެ ކުށުގެ ޢަމަލުގެ މަޙައްލުގައި، ނުވަތަ ޖިންސީ އަނިޔާގެ ކުށުގެ ޢަމަލުގެ މަޙައްލުގައި، ފިރިހެނެއްގެ ނުވަތަ އަންހެނެއްގެ ފުރަގަސްފަރާތްވސެ ޖިންސް ގުނަވަނެއްގެ މާނައިގެ ތެރޭގައި ހިމެނިގެންވެއެވެ. ޖިންސީ ކުށުގެ ޤާނޫނުގެ 69 ވަނަ މާއްދާގެ (ގ) ގައި، ޖިންސީ ގުނަވަން ނ ން ގުނަވަން މާނަކޮށްދީފައިވެއެވެ. އެގޮތުން ޖިންސީ ކުށުގެ ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، "ޖިންސީ ގުނަވަން ނ ން ގުނަވަނެއް" ކަމަށް އެ ޤާނޫނުގައި ބުނެފައިވަނީ، މީހެއްގެ ފުރަގަސ ފަރާތަށް ނުވަތަ އަނގައަށެވެ.
4.25. އެކަށީގެންވާ ވިސްނުމަކުން ވިސްނާއިރު، މީހަކު އެ ހިންގި ޢަމަލަކީ ޖިންސީ ނިޔަތެއް އޮވެގެން ހިންގި ޢަމަލެއްކަމަށް ޤަބޫލުކުރެވޭ ޢަމަލެއްކަމަށްވުން، ނުވަތަ އެ ޢަމަލެއް ހިންގި ޙާލަތުގައި އެ ޢަމަލއެ ހިންގާފައިވަނީ ޖިންސީ ނިޔަތެއް ނ ނ އެހެން ސަބަބެއް އޮވެގެން ކަމުގައި ބެލެވެން ނެތް ޢަމަލަކަށްވުން.
26ދައުލަތނު މި މައްސަލަގައި އުފައްދާ ބަހުސަކީ، ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާގައި، "މީހެއްގެ ޖިންސީ ގުނަވަނަކާމެދު ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކާމެދު، އެހެން ޢަމަލެއް ހިންގުން ކަމުގައި ވީނަމަވެސް..." މިފަދައިން ބަޔާންކޮށްފައިވާތީ، ޖިންސީ ގުނަވަނުގެ ފޮޓޯ/ ވީޑިއޯ ފޮނުވުމަށް އެދުމާއި، ފޮނުވުމާއި، ލިބިގަތުމަކީވެސް އަދި ޖިންސީ ގުނަވަނުގެ ފޮޓޯ ނެގުމާއި، ވީޑިއޯކުރުމަކީވެސް ޖިންސީ ގުނަވަނަކާމެދު ކުރެވޭ "ޢަމަލެއް" ކަމަށެވެ. އެއީ އެމާއްދާގައި ބަޔާންކުރާފަދަ، ޖިންސީ ގުނަވަނަކާމެދު "އެހެން ޢަމަލެއް" ހިންގުންކަމަށެވެ. އެ ހިންގާ ޢަމަލަކީ ވަކި ބާވަތެއްގެ ނުވަތަ ވަކި ޒާތެއްގެ ޢަމަލަކަށްވުން ޤާނޫނުން ލާޒިމްކޮށްފައިނުވާކަމަށެވެ.
27HN1މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ (ށ) އަށް ބަލާއިރު، ވަކި ޤާނޫނެއްގައި ވަކި ބަހެއް މާނަކޮށްފައިވާކަމަށްވާނަމަ، އެހެންގޮތަކަށް އެ ޤާނޫނުގައި ދޭހަނުވާހާ ހިނދަކު، އެ ބަހެއް ބޭނުންކުރަންވާނީ އެ ޤާނޫނުގައި ބޭނުންކޮށްފައިވާ ގޮތަށްކަމުގައިވާތީ، ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާގައި "ޖިންސީ ޢަމަލު" މާނަކޮށްދީފައިވަނިކޮށް، އެހެން ޤާނޫނެއްގައި "ޖިންސީ ޢަމަލު" މާނަކޮށްފައިވާ ގޮތް ބަލަންނުޖެހޭނެކަމަށް ދައުލަތުން ބުނާ ވާހަކައާ އަހުރެންވެސް އެއްބަހެވެ. އެއީ، އެއް ލަފުޒެއް ނުވަތަ އއ ޢިބރާތެއާ އެކް ޤާނޫނުތަކުގައި، އެ ޤާނ ނުތަކުގެ ބޭނުމަށްޓަކައި، ތަފާތު ގޮތްގޮތަށް މާނަކޮށްފައިވުމަކީ އެކަށީގެންވާ ކަމެއްކަމުގައި ވާތީއެވެ.
28އެހެންނަމަވެސް، މި ތަނުގައި އުފެދިފައިވނ އެހެނީ ސުވާލެކެވެ. އެއީ، ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާގައި "ޖިންސީ ޢަމަލު" މާނަކޮށްފައިވާ ޢިބާރާތުގައި ބުނާ، "މީހެއްގެ ޖިންސީ ގުނަވަނަކާމެދު ނުވަތަ ޖިންސީ ގުނަވަން ނ ން ގުނަވަނަކާމެދު، އެހެން ޢަމަލެއް ހިންގުން" ކަމަށް ބެލެވޭނީ ކޮން ޢަމަލުތަކެއކަމާމެދް އުފެދޭ ސުވާލެވެ. މީހެއްގެ ޖިންސީ ގުނަވަނުގެ ފޮޓޯ/ވީޑިއޯ ފޮނުވުމަށް އެދުމާއި، ފޮނުވުމާއި، ލިބިގަތުމަކީ، ނުވަތަ ޖިންސީ ގުނަވަނުގެ ފޮޓޯ ނެގުމާއި، ވީޑިއޯކުރުމަކީ، އެމާއްދާގައި ބުނާފަދަ، މީހެއްގެ ޖިންސީ ގުނަވަނަކާމެދު ހިންގޭ "އެހެން ޢަމަލެއް" ކަމަށ، އެ ޤާނޫނުގެ ބޭނުމަށްޓަކައި ބެލެވޭނެތޯ އުފެދޭ ސުވާލެވެ.
ޤާނޫނާއި ޤަވާޢިދު މާނަކުރުން
29ޤާނ ނުތަކާއި ޤަވާޢިދުތައް މާނަކުރުމުގައި ބޭނުންހިފިދާނެ ތަފާތު އުޞޫލުތަކެއް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެއީ، ޢާއްމު މާނައަށް ބެލުމުގެ އުޞ ލާއި، ޙައްލު 16 15 14 ހޯދައިދިނުމުގެ އުޞ ލާއި، ޚާއްޞަ މާނަދިނުމުގެ އުޞލާއި، މަޤުޞަދަށް ބެލުމުގެ އުޞޫލެވެ.
30HN2ޢާއްމު މާނައަށް ބެލުމުގެ އުޞ ލުގެ ދަށުން، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ
(ނ) ގައި ބުނެފައިވަނީ، ބަހެއް، ނުވަތަ ޢިބާރާތެއް، ނުވަތަ ޖުމުލައެއް ބޭނުންކޮށްފައިވާ ގޮތުނ، އޭގެން ވަކި މާނައެއް ދޭހަވާކަމަށްވާނަމަ، އެ ދޭހަވާ މާނައަށްވުރެ ފުޅާކުރުމަކީ ނުވަތަ އޭގައި ނުހިމެނޭ ކަންތައްތަކެއް އޭގައި ހިމެނުމަށް މަސައްކަތްކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
31ޤާނޫނެއް ނުވަތަ ގަވައިދެއްގައިވ އެއާ މާއްދާއެއްގައި ހިމެނޭ ހުރިހާ ބައިތކެއަ ޝާމިލުގޮތެއްގައި މާނަކުރުމާ ބެހޭ އުޞ ލ، ސުޕްރީމް ކޯޓުގެ ދައުލަތް (މިނިސްޓްރީ އޮފް ޓުއަރިޒަމް) ވ. އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް [2021] SC 79 ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ. އެގޮތުން، އެ އުޞޫލު ބަޔާންކޮށްދެމުން، އެ ޤަޟިއްޔާގެ 16 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ ވާހަކަތައް އަކުރުން އަކުރަށް، ތިރީގައި ނަކަލުކޮށްލަމެވެ. "ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނާއި ގާނ ނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތައް މާނަކުރުމުގައި މިސްރާބުހިފިދާނެ ތަފާތު ގޮތްތަކެއް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނ ނުގައި ބަޔާންކޮށްފައިވެއެވެ. އެއިން ކޮންމެ ގޮތަކަށް ގާނނެއ މާނަކުރުމަށް މިސްރާބުހިފި ނަމަވެސް ޔަގީންވ އެއާ ކަމެއް އެބައޮތެވެ. އެއީ، އެއިން ކޮންމެ ގޮތެއް އިޚްތިޔާރުކުރިނަމަވެސް މާނަކުރުމުގެ މަސައްކަތް ފެށެނީ ގާނ ނުގެ އިބާރާތާއި އޮނިގަނޑުން ކަމެވެ. އެހެންކަމުން، ކޯޓުން މާނަކުރަންޖެހޭ މާއްދާ ނުވަތަ އިބާރާތް ހިމެނޭ ގާނ ނ ކިޔަންވާނީ އެއް ރޮއްޖަކުން ވިޔެފައިވާ އެކަތިގަނޑެއްގެ ގޮތުގައެވެ. ގާނ ނުގައ ހިމެނި ވަކިވަކި ބައިތައް ކޯޓުން ކިޔައި މާނަކުރަންވާނީ މުޅި ގާނ ނުގެ ވަށައިގެންވާ ސިޔާސަތާއި މަގްސަދުގެ ފުޅާ އިމުގެ ތެރޭގައެވެ."
32HN3ވަކި ބައެއްގެ ވާހަކަ ނުވަތަ ވަކި އެއްޗެއްގެ ވާހަކަ ޚާއްޞަ ލަފުޒުތަކަކުން ބަޔާންކުރުމަށްފަހު، އެއާވިދިގެން ޢާއްމު ބަސްތަކަކުނ އެފަދް ޢާއްމު ބަޔަކަށް ނުވަތަ އެއްޗެހިތަކަކަށް ޤާނޫނެއްގައި ޙަވާލާދީފައވާކަމަށްވާނަމި ބެލެވޭނީ އެ ޢާއްމު ޙަވާލާދިނުން ރައްދުވަނީ އެ ޚާއްޞަ ގިންތީގެ މީހުންނަށް ނުވަތަ އެއްޗެއްސަށް އެކަނި ކަމުގައި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ. އަދި، އެއް މާނައަށްވުރެ ގިނަ މާނަ ދޭހަވާ ބަހެއް ބޭނުންކޮށްފައިވާނަމަ، އެ ބަހުގެ ޙަޤީޤީ މާނަ ދެނެގަތުމަށްޓަކައި ބަލާނީ، އެ ބަސް ބޭނުންކުރެވިފައިވާ މަޙައްލަށްކަމަށާއި، ނުވަތަ އެބަސް ގުޅުވާފައިވާ އެހެން ބަސްބަހާ ޢިބާރާތްތަކުން ދޭހަވާ މާނައަށްކަމުގައި، އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ.
33އެހެންކަމުން، ޤާނޫނެއްގެ ވަކި މާއްދާއެއްގައި، ވަކި ބާވަތެއްގެ ކަންތައްތަކެއް ލިސްޓުކޮށްފައިވާއިރު، އޭގެ ތެރެއިން ވަކި ކަމެއް ބަޔާންކުރުމަށް ބޭނުންކޮށްފައިވާ ލަފުޒެއް ނުވަތަ ޢިބާރާތެއް ލިޔެފައި އޮތްގޮތުން އޮޅުމެއް އަރާނަމަ، އެ ލަފުޒެއް ނުވަތަ އެ ޢިބާރާތެއް މާނަކުރަންވާނީ، އެ ލަފުޒެއް ނުވަތަ އެ ޢިބާރާތެއް ޤަޟިއްޔާ ނަންބަރު 2020/SC-A/46 ބޭނުންކޮށްފައިވާ މަޙައްލަށާއި، އެ ލަފުޒު ނުވަތަ އެ ޢިބާރާތް ގުޅުވާފައިވާ އެހެން ލަފުޒުތަކުން ދޭހަވާ މާނައަށް ރިޢާޔަތްކޮށް، އެ ލިސްޓުގައި ހިމެނޭ ކަންކަން ނިސްބަތްވާ ބާވަތާ ނުވަތަ ގިންތިއާ އެންމެ ގާތްކުރާ މާނަކުރުމެކެވެ. އެ ލަފުޒެއް ނުވަތަ އެ ޢިބާރާތެއް، އެ ގިންތިން ބޭރަށް ނެރެ، އެ ގިންތިއަށް ނުފެތޭގޮތަށް، އަދި މުޅި އެ ޤާނޫނާއި އެ ޤާނޫނުގައިވާ އެހެން މާއްދާތަކުގެ މަޤުޞަދު ގެއްލި، އެހެން މާއްދާތަކެއްގެ ބޭނުން ކެނޑިދާނެފަދަގޮތަށް، އެ ލަފުޒަކީ ނުވަތަ އެ ޢިބާރާތަކީ މުޅިން މިނިވަން ލަފުޒެއް ނުވަތަ މުޅިން މިނިވަން ޢިބާރާތެއްގެ ގޮތުގައި މާނައެއް ނުކުރެވޭނެއެވެ.
34އަދި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގައި، ޤާނޫނު މާނަކުރުމުގައި ޤަބ ލުކުރެވޭނެ ހަމަތަކެއް ކަނޑައަޅާފައިވާއިރު، އެ މާއްދާގެ (ރ) ގައި، ޢުޤޫބާތް ކަނޑައެޅޭ ޤާނޫނުތައް، ކުށުގެ ތުހުމަތުކުރެވޭ މީހާއަށް ފާއިދާވާގޮތަށް މާނަކުރުން ހިމެނެއެވެ.
35ކުރިންވެސް ފާހަގަކުރި ފަދައިން، މި މައްސަލައިގައި ދައުލަތުން ބުނަނީ، މީހެއްގެ ޖިންސީ ގުނަވަނުގެ ފޮޓޯ/ވީޑިއޯ ފޮނުވުމަށް އެދުމާއި، ފޮނުވުމާއި، ލިބިގަތުމަކީ، ނުވަތަ ޖިންސީ ގުނަވަނުގެ ފޮޓޯ ނެގުމާއި، ވީޑިއޯކުރުމަކީ، ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "މީހެއްގެ ޖިންސީ ގުނަވަނަކާމެދު ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކާމެދު، އެހެން ޢަމަލެއް ހިންގުން" ކަމަށް ބެލެވޭނެކަމަށެވެ.
އުޞޫލުތައް ތަޠުބީޤުކުރުން
36HN4"މީހެއްގެ ޖިންސީ ގުނަވަނަކާމެދު ނުވަތަ ޖިންސީ ގުނަވަން ނ ން ގުނަވަނަކާމެދު، އެހެން ޢަމަލެއް ހިންގުން" ކަމަށް ބުނުމުން، އޭގެން ދެނެގަނެވޭ ޢާއްމު މާނައަކީ، މީހެއްގެ ޖިންސީ ގުނަވަނަކާމެދު ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކާމެދު އަނެކާ ޢަމަލެއް ހިންގުމުގެ ވާހަކައެކެވެ. އެގޮތުން ބަލާއިރު، މީހެއްގެ ގުނަވަނއެ ފޮޓޯނަގާފައ ނުވަތި ވީޑިއޯކޮށްފައި ފޮނުވައިދިނުމަށް އެދުމަކީ، އެ މީހެއްގެ އެ ގުނަވަނަކާމެދު އަނެކާ ޢަމަލެއް ހިންގުންކަމުގައި ޢާއްމު އުޞ ލަކުން ނުބެލެވެއެވެ. އަދި މީހަކު އަމިއްލައަށް އެމީހެއްގެ ގުނަވަނެއްގެ ފޮޓޯ ނަގާފައި ފޮނުވުމުން، އަނެކާ އެ ފޮޓޯ ލިބިގަތުމަކވެސީ، އަދި އެ ފޮޓޯއަށް އަނެކާ ބެލުމަކީވެސް އަދި އޭގެން ނަކަލެއް ހެއްދުމަކީވެސް، އެ މީހެއްގެ އެ ގުނަވަނަކާމެދު އަނެކާ ޢަމަލެއް ހިންގުންކަމުގައި ނުބެލެވެއެވެ. ކްރިމިނަލް ކޯޓުގެ ނިންމުމުގައިވެސް ރިޢާޔަތްކޮށްފައިވާ މައިގަނޑު އަސާސަކީ އެއީއެވެ. ކްރިމިނަލް ކޯޓުން މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ އަލީގައި، ޤާނޫނުގެ ތެރެއިންނާއި ޤާނޫނުގެ ބޭރުން އެހީތެރިކަން ހޯދާފައިވަނީ، އެކަށީގެންވާ ވިސްނުމަކުން ވިސްނާއިރު މުޙައްމަދު ފަވާޒު ލުޠުފީ ކުޅަ ޢަމަލަކީ ޖިންސީ ޢަމަލެއްގެ ގޮތުގައި ބެލެވޭނެކަމަށް ދައުލަތުން ބުނާތީ، ބަހުސްގެ ބޭނުމަށޓަކައެވެ.
37ޖިންސީ ކުށުގެ ޤާނޫނުގެ މަފްހ މުތަކުގެ ރަދީފަށް ބަލާއިރު، އެ ޤާނޫނުގެ 6 ވަނަ މާއްދާގައި "ރޭޕްކުރުނ" މާނަކޮށްދީފައެވެ. އެ ޤާނޫނުގެ 7 ވަނަ މާއްދާގައި "ޖިންސީ އަނިޔާ" މާނަކޮށްދީފައިވެއެވެ. އެ ޤާނޫނުގެ 8 ވަނަ މާއްދާގައި "ޖިންސީ ގޯނާ" މާނަކޮށްދީފައިވެއެވެ. އެއަށްފަހު އެ ޤާނޫނުގެ 9 ވަނަ މާއްދާގައި "ޖިންސީ ޢަމަލު" މާނަކޮށްދީފައެވެ. އެ ލަފުޒުތަކަށް އެ ޤާނޫނުގައި ދީފައިވާ މާނަކުރުންތަކަށް ބަލާއިރު، "ޖިންސީ ގޯނާ" ގެ ތެރޭގައި މީހެއްގެ ޖިންސީ ގުނަވަނެއް، އޭނާގެ ރުހުމާ ނުލައި ހާމަކުރުވުން ހިމަނާފައިވެއެވެ.
38އެހެންނަމަވެސް، ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާގައި، އެ ޤާނޫނުގެ ބޭނުމަށްޓަކައި "ޖިންސީ ޢަމަލު" މާނަކޮށްދީފައިވާއިރު، އެ ލަފުޒުގެ މާނައިގެ ތެރޭގައި، މީހެއްގެ ޖިންސީ ގުނަވަނެއް އެމީހާ ލައްވައި ހާމަކުރުވުން ޞަރީޙަ ޢިބާރާތުން ހިމަނާފައެއް ނުވެއެވެ. އެ ޤާނޫނުގައި "ޖިންސީ ޢަމަލު" މާނަކށްދީފައިވޮ އިރު، އެ ޢިބާރާތް ހިމަނާފައި ނުވަނީ ޤާނޫނު ހަދާ ފަރާތނު އެ ޢިބާރާތް ހިމަނަން ބޭނުންނުވާތީ ކަމުގައި ބަލަންޖެހެއެވެ. އެހެންކަމުން، މީހެއްގެ ޖިންސީ ގުނަވަނެއް އެމީހާގެ ރުހުމުގައި، އެމީހާގެ އިޚްތިޔާރުގައި އަނެކާ އެދިގެން ހާމަކުރުމަކީ، އެ މާއްދާގައި ބުނާ "މީހެއްގެ ޖިންސީ ގުނަވަނަކާމެދު ނުވަތަ ޖިންސީ ގުނަވަން ނ ން ގުނަވަނަކާމެދު، އެހެން ޢަމަލެއް ހިންގުން" ކަމުގައި ބެލެވޭނެ ޢަމަލެއްކަމަށް ހެދުމަށް މަސައްކަތްކުރުމަކީ، އޭގައި ނުހިމެނޭ ކަމެއް އޭގައި ހިމެނުމަށް މަސައްކަތްކުރުން ކަމުގައި ބެލެވެއެވެ.
39ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާގައި "ޖިންސީ ޢަމަލު" މާނަކޮށްދީފައިވާ ގޮތަށް ބަލާއިރު، އެ މާއްދާގައި އެންމެ ފުރަތަމަ ބަޔާންކޮށްފައިވާ ދެ ޢަމަލު ކަމުގައިވާ، ޒިނޭކުރުމާއި، މީހެއްގެ ޖިންސީ ގުނަވަނެއްގައި އަތްލުމަކީ، ޖިސްމާނީ/ މާއްދީ ބީހުމެއް ހިމެނޭ ޢަމަލުތަކެކެވެ. އެ މާއްދާގައި "މީހެއްގެ ޖިންސީ ގުނަވަނަކާމެދު ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކާމެދު، އެހެން ޢަމަލެއް ހިންގުން" މި ޢިބާރާތް ގެނެސްފައިވަނީ، އެ ދެ ޢަމަލާ ގުޅުވައި، އޭގެ ފަހަތަށވެ. އެހެންކަމުން، އެ ޢިބާރާތް މާނަކުރުމަށްޓަކައި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ރިޢާޔަތްކުރާއިރު، ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާގައި އެންމެ ފުރަތަމަ ބަޔާންކޮށްފައިވާ ދެ ޢަމަލުގެ ގިންތިއާ އެންމެ ގާތްކުރާ މާނައަކަށްވާނީ، އެ މާއްދާގެ އެ ޢިބާރާތުގައި "އެހެން ޢަމަލެއް"ކަމަށް އެބުނާ ޢަމަލަކީ، މީހެއްގެ އަތް ނނ އެހެން ގުނަވަނެއް ބޭނުންކޮށްގެންވިޔަސް، ނުވަތަ އެއްވެސް އާލާތެއް/އެއްޗެއް ބޭނުންކޮށގެންވިޔަސް، ނުވަތަ އެއްވެސް އާލާތެއް/އެއްޗެއް ބޭނުން ނުކޮށްވިޔަސް، އެހެން މީހެއްގެ ޖިންސީ ގުނަވަނަކާމެދު ނުވަތަ ޖިންސީ ގުނަވަން ނ ން ގުނަވަނަކާމެދު ހިންގޭ ޖިސްމާނީ/ މާއްދީ ބީހުމުގެ ޢަމަލެއްގު ގޮތުގައި މާނަކުރުމެވެ.
40އަދި، ޖިންސީ ކުށުގެ ޤާނޫނުގެ 43 ވަނަ މާއްދާއާއި، 44 ވަނަ މާއްދާއާއި، 45 ވަނަ މާއްދާގައި އޮރިޔާން ކާޑު ގުޅާ ކުށްތަކެއް ވަނީ ބަޔާންކޮށްފައެވެ. އެހެންކަމުން، މީހެއްގެ ޖިންސީ ގުނަވަނުގެ ފޮޓޯ/ވީޑިއޯ ފޮނުވައިދިނުމަށް އެދުމާއި، ފޮނުވުމާއި، ލިބިގަތުމާއި، ނުވަތަ ޖިންސީ ގުނަވަނުގެ ފޮޓޯ ނެގުމާއި ވީޑިއކުރުމަކޯ، ޖިންސީ ކުށުގެ ޤާނޫނުގެ ބޭނުމަށްޓަކައި "ޖިންސީ ޢަމަލު" ގެ މާނައިގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައި ހަދައިފިނަމަ، އެއީ މުޅި އެ ޤާނޫނާއި، އެ ޤާނޫނުގައިވާ އެހެން މާއްދާތަކުގެ މަޤުޞަދު ގެއްލި، އެހެން މާއްދާތަކެއްގެ ބޭނުން ކެނޑޭގޮތަށް ކުރެވޭ މާނައެއްކަމުގައި ވެގެން ހިނގައިދާނެއެވެ.
41HN5މީހެއްގެ ޖިންސީ ގުނަވަނުގެ ފޮޓޯ/ވީޑިއޯ ފޮނުވައިދިނުމަށް އެދުމާއި، ފޮނުވުމާއި، ލިބިގަތުމާއި، ނުވަތަ ޖިންސީ ގުނަވަނުގެ ފޮޓޯ ނެގުމާއި ވީޑިއޯކުރުމަކީ، ޖިންސީ ކުށުގެ ޤާނޫނުގެ ބޭނުމަށްޓަކައި "ޖިންސީ ޢަމަލު"ގެ މާނައިގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައި ނުބެލުމަކީ، އެފަދަ ކަންތައްތައް ޝަރުޢީގޮތުންނާއި ޤާނޫނީގޮތުން ކުށަކަށް ނުވުމެއް ނޫނެވެ. އެހެންނަމަވެސް، އެ މީހެއްގެ އެ ޢަމަލުގައި، ވަކި ކުށެއްގެ އުންޞުރުތައް ފުރިހަމަވާނަމަ، އެ މީހެއްގެ މައްޗަށް އުފުލަންވާނީ، އެ ޢުންޞުރުތައް ފުރިހަމަވާ ކުށެއްގެ ދަޢުވާއެވެ.
42އެގޮތުން ބަލާއިރު، އޮރިޔާން ކާޑު ގުޅާ ކުށްތަކެއް ޖިންސީ ކުށުގެ ޤާނޫނުގައިވެސް ބަޔާންކޮށްފައެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤާނނުލްޢުޤބާތުގެ 132 ވަނަ މާއްދާއަށް ބަލާއިރު، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމަކީ ކުށެކެވެ. އަދި އެ ޤާނޫނުގެ 133 ވަނަ މާއްދާއަށް ބަލާއިރު، ޖިންސީ އެދުންވެރިކަމެއް އުފެއްދުމުގެ ނިޔަތުގައި ނުވަތަ އެދުންވެރިކަން ޙާޞިލުކުރުމުގެ ނިޔަތުގައި، އެހެން މީހަކު ލައްވައި އެމީހާގެ ޢައުރަ ހާމަކުރުވުނ ނުވަތް ޙަރަކާތްދެއްކުވުމަކީ ކުށެކެވެ. ސައިބަރވަޔަލަންސްގ ޢަމަލުތަކުގެ ދަށުން، ގެއްލުމެއް ދިނުމުގެ ނިޔަތުގައި އޮރިޔާން ކާޑު ތިމާގެ ކޮންޓްރޯލްދަށުގައި ބެހެއްޓުމާއި، މީހެއްގެ ޖިންސީ ގުނަވަނެއް ހާމަކުރުވުމާއި، މީހެއްގެ ޖިންސީ ގުނަވަނެއްގެ ފޮޓޯ ނެގުމާއި، ވީޑިއޯކުރުމާ ގުޅުންހުރި ކުށްތަކެއވެސް ޤާނނުލްޢުޤބާތުގައި ބަޔާންކޮށްފައިވެއެވެ. އަދި ހަޑިހުތުރު ލިޔުމާއި، އެފަދަ ތަކެތި އުފެއްދުމާއި، ބެހުމާ ގުޅޭ ކުށްތަކެއްވެސް ޤާނނުލްޢޤބާތުގައި ބަޔާންކޮށްފައިވެއެވެ.
43އެހެންކަމުން، އެ މީހަކު އެ ކުޅަ ޢަމަލުގައި، ވަކި ކުށެއްގެ ޢންޞުރުތައ ފުރިހަމަވާކަން ސާފުކޮށް ފެންނަނު އޮންނަ ކުށަކަށް ދަޢުވާކުރުމުގެ ބަދަލުގައި، އެ ޢަމަލު، ވަކި ކުށަކަށް ގަދަކަމުން ފައްތަން މަސައްކަތްކުރުމަކީ ރަނގަޅު ގޮތެއް ނ ނެވެ.
44މީހެއްގެ ޖިންސީ ގުނަވަނުގެ ފޮޓޯ/ ވީޑިއޯ ފޮނުވަން އެދުމުން، އެ މީހާ ފޮނުވި ފޮޓޯ/ވީޑިއޯ ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމަކީ ނުހަނު ޙައްސާސް މައްސަލައެކެވެ. އެހެންނަމަވެސް، މީހެއްގެ ޖިންސީ ގުނަވަނުގެ ފޮޓޯ/ވީޑިއޯ ފޮނުވައިދިނުމަށް އެދުމާއި، ފޮނުވުމާއި، ލިބިގަތުމާއި، ނުވަތަ ޖިންސީ ގުނަވަނުގެ ފޮޓޯ ނެގުމާއި ވީޑިއޯކުރުމަކީ، ޖިންސީ ކުށުގެ ޤާނޫނުގެ ބޭނުމަށްޓަކައި "ޖިންސީ ޢަމަލު" ގެ މާނައިގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައި ދައުލަތުން އެދިފައިވާ ގޮތަށް މާނަކޮށްފިނަމަ، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރޭގައި، ޤާނޫނީގޮތުން ދެކޮޅު ނުޖެހޭ ފުށުއެރުންތަކެއް އުފެދުމުގެ ފުރުޞަތވެސު އެބައޮތެވެ. އެހެނީ، ދައުލަތުން ބުނާ ގޮތަށް "ޖިންސީ ޢަމަލު" މާނަކޮށްފިނަމަ، ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާ ތަޠުބީޤުވެގެންދާނީ، ހަމައެކަނި، ބްލެކްމެއިލްކުރުމުގެ ކުށް ބަޔާންކޮށްފައިވާ 35 ވަނަ މާއްދާއަކަށް ނޫނެވެ. އެ ޤާނޫނުގައި ކުށް ބަޔާންކުރާ މާއްދާތަކުގެ ތެރެއިން ގިނަ މާއްދާތަކެއްގައި "ޖިންސީ ޢަމަލު" ހިންގމުގު ވާހަކަ ހިމެނިފައިވެއެވެ. އެހެންކަމުން އެ ހުރިހާ މާއްދާތަކުގެ މައްޗަށްވެސް އެ މާނަކުރުމުގެ އަސަރު ފޯރާނެއެވެ.
45އެގޮތުން އެއް މިސާލު ބަޔާންކުރަމެވެ. ޖިންސީ ކުށުގެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން، މީހަކު، ޖިންސީ ޢަމަލެއް އޭނާއާ އެއް ޖިންސުގެ މީހަކާއެކު ހިންގީ، އެ ދެމީހުންގެ ރުހުމުގައި ކަމަށްވާނަމަ، އެ ދެމީހުން އެކުރީ ކުށެކެވެ. އެ މާއްދާގެ (ނ) ގައި ވާގޮތުން، އެ ކުށުގެ އަދަބަކީ އެ ކުށް ކުރި މީހާ، 5 (ފަހެއް) އަހަރާއި 7 (ހަތެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކުރާ "ޖިންސީ ޢަމަލު" ދައުލަތުން ބުނާގޮތަށް މާނަކޮށްފިނަމަ، ޖިންސީ ނިޔަތެއް އޮވެގެން، މީހަކު އޭނާއާ އެއް ޖިންސުގެ މީހެއްގެ ޖިންސީ ގުނަވަނުގެ ފޮޓޯ/ވީޑިއޯއެއް ފޮނުވަން އެދުމާއި، ފޮނުވުމާއި، ލިބިގަތުމާއި، ޖިންސީ ނިޔަތެއް އޮވެގެން، މީހަކު އޭނާއާ އެއް ޖިންސުގެ މީހެއްގެ ޖިންސީ ގުނަވަނުގެ ފޮޓޯއެއް ނެގުމާއި ވީޑިއޯއެއް ކުރުމަކީވެސް، އެ ޤާނޫނުގެ ދަށުން، އެމީހަކު، އެއްޖިންސުން ޖިންސީ ޢަމަލު ހިންގުމުގެ ކުށުން ކުށްވެރިވާނެ ޢަމަލެކެވެ. އެފަދަ މާނއެއަ ކޮށްފިނަމަ، ދިވެހިރާއްޖޭގެ ޤާނނުލްޢުޤބާތުގައި އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގައި ހިމެނޭ ބޮޑެތި ފާޙިޝް ޢަމަލުތަކަށް ކަނޑައެޅިފައިވާ އަދަބަށްވުރެވެސް، ކްރިމިނަލް ކޯޓުގެ ނިންމުމުގެ 16 ވަނަ ޕެރެގްރާފުގައި، ޖިންސީ ކުށުގެ ޤާނޫނުގައި ކުށް ބަޔާންކުރާ މާއްދާތަކުގެ ތެރެއިން، ޖިންސީ ޢަމަލުގެ ވާހަކަ ބަޔާންކޮށްފައިވަނީ 05 (ފަހެއް) މާއްދާއެއްގައިކަމަށ ދޭހަވާގޮތަށް ބަޔާންކޮށްފައިވެއެވެ. އަދި އެއީ މަޙްރަމާއެކު ޖިންސީ ޢަމަލެއް ހިންގުމާއި (22 ވަނަ މާއްދާ)، އެއްޖިންސުން ޖިންސީ ޢަމަލު ހިންގުމާއި (24 ވަނަ މާއްދާ)، ޖަނަވާރަކާއެކު ޖިންސީ ޢަމަލު ހިންގުމާއި (25 ވަނަ މާއްދާ)، މައްޔިތަކާއެކު ޖިންސީ ޢަމަލު ހިންގުމާއި (26 ވަނަ މާއްދާ)، ޙަޤީޤަތް އޮޅުވާލައިގެން ޖިންސީ ޢަމަލު ހިންގުން (36 ވަނަ މާއްދާ) ކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް، ކްރިމިނަލް ކޯޓުގެ ނިންމުމުގައި، އެކަން ބަޔާންކުރުމުގައި ކުށެއް ނުވަތަ އޮޅުމެއް އޮތްކަމަށް ބެލެވެއެވެ. އެހެނީ، ކްރިމިނަލް ކޯޓުގެ ނިންމުމުގައި ޙަވާލާދީފައިވާ 05 (ފަހެއް) މާއްދާގެ އިތުރުންވެސް، ޖިންސީ ކުށުގެ ޤާނޫނުގައި، ކުށް ބަޔާންކުރާ އެހެން މާއްދާތަކއެ ގައިވެސް "ޖިންސީ ޢަމަލު"ގެ ވާހަކަ ބަޔާންކޮށްފައިވެއެވެ. މިސާލަކަށް؛ ނުކުޅެދުންތެރިކަމެއ ހުރް މީހަކާއެކު ޖިންސީ ޢަމަލެއް ހިންގުމާއި (28 ވަނަ މާއްދާ)، ވެރިވ ގަނެ ޖިންސީ ޢަމަލެއް ހިންގުން (38 ވަނަ މާއްދާ) ފާހަގަކުރަމެވެ. ޖިންސީ ގުނަވަނުގެ ފޮޓޯއެއް ފޮނުވއިދިނުމަށަ އެދުމާއި، ފޮނުވުމާއި، އަދި އެ ފޮޓި ލިބިގތުމުނަ ލިބް އަދަބު އެތައް ގުނައެއް ބޮޑުވެއެވެ.
46އެގޮތުން ބަލާއިރު، އެއް ޖިންސުނ ޖިންސް ގުޅުން ހިންގުމަކީ، ދިވެހިރާއްޖޭގެ ޤާނނުލްޢުޤބާތުގެ 411 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ކުށެކެވެ. ޤާނނުލްޢުޤބާތުގެ ދަށުން، "އެއްޖިންސުން ޖިންސީ ގުޅުން ހިންގުން" ކަމުގައި ބެލެވެނީ، "ފިރިހެނެއްގެ ފުރަގަސ ފަރާތް ދޮރަށ އެހެން ފިރިހެނަކު އޭނާގެ ގުނަވަނެއް ނުވަތަ އެއްޗެއް ޖިންސީ އަރާމެއް ހޯދުމުގެ ގޮތުން ވެއްދުމަށެވެ. ނުވަތަ ފިރިހެނެއްގެ އަނގައަށ އެހެން ފިރިހެނެއްގެ ޒަކަރު ވެއްދުމަށެވެ. ނުވަތަ އަންހެނެއްގެ ކުރިމަތިފަރާތު ދޮރަށް ނުވަތަ ފުރަގަސ ފަރާތް ދޮރަށް އެހެން އަންހެނެއްގެ ގުނަވަނެއް ނުވަތަ އެއްޗެއް ޖިންސީ އަރާމެއް ހޯދުމުގެ ގޮތުން ވެއްދުމަށެވެ." މި ބަޔާންކުރި އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށް ކުރީ، މީހަކާ އިނދެހުރެގެން ކަމުގައިވާނަމަ، އެއީ ޖިނާޔާތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ. މީހަކާ ނީނދެހުރެ، ކާވެންޏެއްގެ މަތީގައި ހުރި މީހަކއާ ކ އެ ކުށް ކޮށްފިނަމަ، އެއީ، ޖުނަޙްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ. މީހަކާ ނީނދެހުރެ، ކާވެންޏެއް މަތީގައި ނުވާ މީހަކާއެކު އެ ކުށް ކޮށްފިނަމަ، އެއީ ޖުނަޙްގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ. ޖިނާޔާތުގެ 5 ވަނަ ދަރަޖައިގެ ކުށަކަށް ކަނޑައެޅޭ އަދަބުގެ އަސާސީ މިންގަނޑަކީ 9 މަހާއި 18 ދުވަހށަ ޖަލަށް ލުމެވެ. އެ ކުށަށް ކަނޑައެޅޭނެ އެންމެ ބޮޑު އަދަބަކީ 2 އަހަރަށް ޖަލަށްލުމެވެ. ޖުނަޙްގެ 1 ވަނަ ދަރަޖައިގެ ކުށަކަށް ކަނޑައެޅޭ އަދަބުގެ އަސާސީ މިންގަނޑަކީ 4 މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. އެ ކުށަށް ކަނޑައެޅޭނެ އެންމެ ބޮޑު އަދަބަކީ 1 އަހަރަށް ޖަލަށލުމް ވެ. ޖުނަޙްގެ 2 ވަނަ ދަރަޖައިގެ ކުށަކަށް ދިވެހިރާއްޖޭގެ ޤާނ ނުލްޢުޤބާތުގެ 411 ވަނަ މާއްދާގެ (ޅ) ގެ (2) ކަނޑައެޅޭ އަދަބުގެ އަސާސީ މިންގަނޑަކީ 2 މަހާއި 12 ދުވަހަށް ޖަލަށްލުމެވެ. އެ ކުށަށް ކަނޑައެޅޭނެ އެންމެ ބޮޑު އަދަބަކީ 6 މަހަށް ޖަލަށލުމް ވެ.
47މި ބަޔާންކުރި އެންމެހާ ސަބަބުތަކަށް ބަލާއިރު، ޖިންސީ ކުށުގެ ޤާނޫނާއި، އެ ޤާނޫނުގައިވާ އެހެން މާއްދާތަކުގެ މަޤުޞަދު ނުގެއްލޭގޮތަށް އަދި އެހެން މާއްދާތަކެއްގެ ބޭނުން ނުކެނޑޭގޮތަށް، އަދި މުޅި ޖިނާއީ ޢަދުލުގެ ނިޒާމަށވެސް އެންމެ ހެޔޮ މާނަކުރުމަކަށް ވެގެންދާނީ، ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާގައި "މީހެއްގެ ޖިންސީ ގުނަވަނަކާމެދު ނުވަތަ ޖިންސީ ގުނަވަން ނ ން ގުނަވަނަކާމެދު، އެހެން ޢަމަލެއް ހިންގުން" ކަމަށް ބުނެފައި އެވަނީ، މީހެއްގެ އަތް ނ ނ އެހެން ގުނަވަނެއް ބޭނުންކޮށްގެންވިޔަސް، ނުވަތަ އެއްވެސް އާލާތެއް/އެއްޗެއް ބޭނުންކޮށްގެންވިޔަސް، ނުވަތަ އެއްވެސް އާލާތެއް/އެއްޗެއް ބޭނުން ނުކޮށްވިޔަސް، އެހެން މީހެއްގެ ޖިންސީ ގުނަވަނަކާމެދު ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކާމެދު ޖިސްމާނގޮތުނީ / މާއްދގޮތުނީ ބީހުމުގެ ޢަމަލެއް ހިންގުންކަމުގައި މާނަކުރުމެވެ. އަދި އެފަދަ ޖިސްމާނީ/މާއްދީ ބީހުމުގެ ޢަމަލުތައވެސް، އ ޤާނޫނުގެ ބޭނުމަށްޓަކައި "ޖިންސީ ޢަމަލު" ގެ ދާއިރާގެ ތެރެއަށް ވަންނާނީ، އެ މާއްދާގައި ބުނާފަދައިން، އެކަށީގެންވާ ވިސްނުމަކުން ވިސްނާއިރު، މީހަކު އެހެން އެ ހިންގި ޢަމަލެއް އެ ހިންގީ ޖިންސީ ނިޔަތެއް އޮވެގެންކަމަށް ޤަބޫލުކުރެވޭ ޢަމަލއްކަމުގައެ އެ ޢަމަލު ވާނަމައެވެ. ނުވަތަ އެ ޢަމަލެއް ހިންގި ޙާލަތުގައި އެ ޢަމަލެއް ހިންގާފައިވަނީ ޖިންސީ ނިޔަތެއް ނނ އެހެން ސަބަބެއް އޮވެގެންކަމުގައި ބެލެވެން ނެތް ޢަމަލެއްކަމުގައި އެ ޢަމަލު ވާނަމައެވެ.
48ބަހުސްގެ ބޭނުމަށްޓަކައި، ޖިންސީ ގުނަވަނުގެ ފޮޓޯ/ވީޑިއޯ ފޮނުވައިދިނުމަށް އެދުމާއި، ފޮނުވުމާއި ލިބިގަތުމާއި، ނުވަތަ ޖިންސީ ގުނަވަނުގެ ފޮޓޯ ނެގުމާއި ވީޑިއޯކުރުމަކީ، ޖިންސީ ކުށުގެ ޤާނޫނުގެ ބޭނުމަށްޓަކައި "ޖިންސީ ޢަމަލު" ގެ މާނައިގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ބެލިނަމަވެސް، ދައުލަތުން މުޙައްމަދު ފަވާޒު ލުޠުފީގެ މައްޗަށް ދަޢުވާ ކޮށްފައިވާ ސަބަބަކީ، ސްނެޕ ޗެޓް މެދުވެރިކޮށް މުޙައްމަދް ފަވާޒު ލުޠުފީ އަންހެނަކަށް ދިވެހިރާއްޖޭގެ ޤާނ ނުލްޢުޤބާތުގެ 1002 ވަނަ މާއްދާ ހެދިގެން، އަޙްމަދާ އެކު ކުރެވުނު މުޢާމަލާތުގައި، މުޙައްމަދު ފަވާޒު ލުޠުފީ، އަޙްމަދުގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ/ވީޑިއޯ ފޮނުވައިދިނުމަށް އެދުމުން، އަޙްމަދު އެ ފޮޓޯ/ވީޑިއޯ ފޮނުވުމުން، އެ ތަކެތި ރެކޯޑުކޮށް، އެ ބޭނުންކޮށްގެން އަޙްމަދަށް ބިރުދައްކައި ބްލެކްމެއިލް ކޮށްފައިވާތީކަނ އެނގެން އޮންނައިރު، ކްރިމިނަލް ކޯޓުގެ ނިންމުމުގައިވެސް ފާހަގަކޮށްފައިވާ ފަދައިން، އެކަން އެގޮތަށް ކުރުމުގައި މުޙައްމަދު ފަވާޒު ލުޠުފީގެ ވިސްނުމަކީ އަޙްމަދަށް ބިރުދައްކައިގެން ފައިސާ އަތުލުންކަން ދޭހަވެއެވެ. އަދ އެކަމުގައި މުޙައްމަދު ފަވާޒު ލުޠުފީގެ ޖިންސީ ނިޔަތެއް ނުވަތަ ޝަހުވާނީ އެދުމެއް އޮތްކަން ދަލާލަތުކޮށްދޭ އެއްވެސް ސަބަބެއްވިޔަސް އަދި އެއްވެސް ހެއްކެއްވިޔަސ ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައެއް ނުވެއެވެ.
ޤާނނުލްޢުޤބާތަށް އއްކޮށެ ހިޖުރަކުރުން
49HN8ދިވެހިރާއްޖޭގެ ހައިކޯޓުގެ އާމިނަތު ވ. ޒާހިރު ޤަޟިއްޔާގައި ފަނޑިޔާރު ދީބާނާޒް ފަހުމީ ފާހަގަކުރައްވާފައިވާ ފަދައިން، ދިވެހިރާއްޖޭގެ ޤާނ ނ ނިޒާމް އުފެދިފައިވަނީ އެއިރަކަށް ބޭނުންވާގޮތަށް ސިޔާސަތު އެކުލަވާލައި، އެއިރަކަށް ބޭނުންވާ މިންވަރަށް ފާސްކުރާ ޤާނޫނެއް އެއިރަކުން ތަންފީޒުކުރެވޭގޮތަށެވެ. އަދި ފަހުން އަންނަ ޤާނޫނުތަކުން ކުރީގެ ޤާނޫނަކާ ހުރި ފުށުއެރުންތައް ޙައްލުނުވެ، އެއް ސިޔާސަތެއް ދެ ޤާނޫނެއްގައި އެއްއިރެއްގައ ދެމި އޮތުމަކީ މި ރާއްޖޭގެ ނިޒާމުގައި އައު ކަމެއް ނޫނެވެ.
50ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޝިފާޢު [2023] SC 18 ޤަޟިއްޔާގައި ފަނޑިޔާރު ޙުސްނުއްސުޢ ދ ފާހަގަކުރައްވާފައިވާ ގޮތުން، އެއް ކުށެއް އެއް ޤާނ ނަށްވުރެ ގިނަ ޤާނޫނުން ތަޖްރީމްކޮށް އަދަބު ކަނޑައަޅާފައިވާނަމަ، ޤާނޫނު ތަންފީޒުކުރާ ފަރާތްތަކާއި، ޝަރީޢަތްކުރާ ފަރާތްތަކާއި، އަދި މި ހުރިހައި ކަމެއްގެ ކުރިއަށް، އެ ޤާނޫނުތަކަށް ތަބާވާންޖެހޭ ރައްޔިތުންނަށް ޤަޟިއްޔާ ނަންބަރު 2024/HC-A/35 ޤަޟިއްޔާ ނަންބަރު 2023/SC-A/15 އޮޅުންބޮޅުން އަރައި، މީގެ ތެރެއިން ތަބާވާންޖެހޭ ޤާނ ނަކީ ކޮބައިކަމާއި، ތަންފީޒުކުރަންޖެހޭ ޤާނޫނަކީ ކޮބައިކަން ދެނެގަތުމަކީ ފަސޭހަކަމއް ނނެވެ.
51އެހެންކަމުން، ތަޖްރީމުކުރެވޭ ކުށްތައް ތަފާތު ގިނަ ޤާނނުތަކެއްގައ ހިމެނިފައި އޮތުމުގެ ބަދަލުގައި، އެ ހުރިހާ ކުށްތަކެއް ދިވެހިރާއްޖޭގެ ޤާނނުލްޢުޤބާތުގައި ހިމަނައި، ތަޖްރީމުކުރެވޭ ކުށްތައް އެއްފޮތްކުރުމަކީ ދައުލަތުގެ ކަމާބެހޭ އިދާރާ ތަކުން ކުރަންޖެހިފައިވާ ވަރަށް މުހިއްމު ކަމެކެވެ. ދިވެހިރާއްޖޭގެ ޤާނނުލޢްޤބާތު ވުޖޫދަށް ގެނައުމުގެ އެއް މަޤުޞަދަކީވެސް ތަޖްރީމްކުރެވޭ ހުރިހާ ކުށެއް އެ ޤާނޫނުގައި ހިމެނުމެވެ.
52ދިވެހިރާއްޖޭގެ ޤާނނުލްޢުޤބާތު ވުޖޫދަށް ގެނައިއިރު، އޭގެ ކުރިން ޢަމަލުކުރަމުން އައި ބައެއް ޤާނޫނުތަކަށް ޢަމަލުނުކުރެވޭގޮތް މެދުވެރިވެއްޖެނަމަ، އެވަގުތަށް ދިމާވެދާނެ ޤާނޫނީ އުނިކަންތައްތަކެއް ފބެއްދުމަށްޓަކައި، ޤާނނުލްޢުޤބާތަށް ގެނެވުނު 1 ވަނަ އިޞްލާޙާ ގުޅިގެން، ޤާނނުލްޢުޤބާތުގެ މައްޗަށް އިސްކަން ލިބިގެންވާކަމަށް ޤާނނުލްޢުޤބާތުގެ 18 ވަނަ މާއްދާގެ (ރ) ގައި، ޚާއްޞަ ޤާނޫނުތަކެއް ބަޔާންކުރިއެވެ. އެހެންނަމަވެސް، މިދެންނެވިގޮތަށް އިސްތިސްނާކުރި ޤާނ ނުތަކަށް އިސްކަންދީފައިވަނީ މުޠުލަޤުކޮށް، ދާއިމަކަށް ނޫނެވެ. އެހެނީ، ޤާނނުލްޢުޤބާތުގެ 18 ވަނަ މާއްދާގެ (ބ) ގައި ޝަރުޠެއް ކޮށްފައިވެއެވެ. މިގޮތުން އެއަކުރުގައި ބުނަނީ: "މިމާއްދާގެ (ރ) ގައި ބަޔާންކުރެވިފައިވާ ޤާނ ނުތަކުގައިވާ ކުށްތަކާއި، އެކުށްތަކާ ގުޅުންހުރި އުޞޫލުތައް މިޤާނ ނުގައި ހިމެނިފައިވާގޮތް މުރާޖަޢާކުރުމަށްފަހު، އެ ޤާނ ނުތައް އުވާލުމާމެދު، ޤާނ ނ ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނ ނުލް އުޤ ބާތު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނ ނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ގޮތެއް ކަނޑައަޅަންވާނެއެވެ. "
53މި މާއްދާގެ މި އަކުރުގެ ޚާއްޞަ މަޤުޞަދަކީ، އިސްތިސްނާކުރި ޤާނ ނުތައް، އެ އިސްތިސްނާކަން މަތީގައި މުޠުލަޤަށް ދ ކޮށްނުލުމެވެ. އަދި އެ ޤާނޫނުތަކުގައިވާ ކުށްތަކާއި، އެކުށްތަކާ ގުޅުންހުރި އުޞޫލުތައް ޤާނނުލްޢުޤބާތުގައި ހިމެނިފައިވާގޮތް މުރާޖަޢާކުރުމަށްފަހު، އެ ޤާނޫނުތައް އުވާލުމާމެދު، ޤާނނުލްޢުޤބާތަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނނަށ ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ގޮތެއް ކަނޑައެޅުމެވެ.
54އެހެންކަމުން، ޤާނނުލްޢުޤބާތަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނނަށ ޢަމަލުކުރަން ފަށފައިވަނާ 16 ޖުލައި 2015 ގައި ކަމަށްވީހިނދު، އެ ތާރީޚުން ފެށިގެން މިހާތަނަށް 10 (ދިހައެއް) އަހަރު ފާއިތުވެގެން ދިޔައިރުވެސް، އެ ޤާނ ނުތަކާމެދު ވަކިގޮތެއް ނުނިންމައި އޮތްއޮތުމކަ ކަމާބެހޭ އިދާރާތަކުން އިޚްލާޞްތެރިކަމާއެކު ވިސްނަންޖެހޭ ކަމެކެވެ. ވީހާވެސް އަވަހަށް އެކަން ކޮށް ނިންމަން އެބަޖެހެއެވެ. އެކަން ކުރުމަށް ޤާނޫނުގައި ދީފައިވާ މުއްދަތު ފަހަނަޅައިގޮސްފައި އޮތުމަކީ، އެކަން ނުކުރެވޭނޭ ސަބަބެއްވެސް ނޫނެވެ. އެހެނީ، ދިވެހިރާއްޖޭގެ ޖުމްހ ރިއްޔާގެ ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ޤާނ ނ ހެދުމަށް ދީފައިވާ ބާރަކީ، އެއަށްވުރެ މާ ތަނަވަސް، ފުޅާ ބާރެކެވެ.
55ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަކީ ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ މައްޗަށް ޤާނޫނުއަސާސީ ލާޒިމްކުރާ ކަމެކެވެ. ޤާނނުގ ވެރިކަމުގެ އެންމެ އަސާސީ އެއް ޢުންޞުރަކީ ރައްޔިތުން އެމައްޗަށް ޢަމަލުކުރަންޖެހޭ ޤާނ ނުތައް ފަސޭހައިން އޮޅުންފިލާނޭ މޭރުމަކުން ހެދުމެވެ. ރައްޔިތުންގެ ޢަމަލުތަކުގެ ތެރެއިން ކުށްވެރިވަނީ ކޮން ޢަމަލެއްކަމާއި، އެ ޢަމަލެއް ކޮށްފިނަމަ އެއިން ނުކުންނާނެ ނަތީޖާ ނުވަތަ އަދަބަކީ ކޮބައިކަން އެނގުމަކީ ރައްޔިތުންގެ ޙައްޤެކެވެ.
56އެހެންކަމުން، އެއް ޢަމަލެއް ތަޖްރީމްކުރުމަށް އަދި އަދަބު ކަނޑައެޅުމަށް އެއް ޤާނޫނަށްވުރެ ގިނަ ޤާނޫނު ހަދާފައިހުރުމާއި، އެއް ކުށަކަށް ދެ އަދަބެއް ދެ ޤާނޫނަކުން ކަނޑައަޅާފައި އޮތުމަކީ ޤާނޫނުއަސާސީގެ އެއް އުޞލަށްވުރެ ގިނަ އުޞޫލާ ތަޢާރުޟުވުމުގެ ފުރުޞަތު އޮންނާނެކަމެކެވެ. އަދި ވެރިކަން ހިންގާ ފަރާތާއި، ފުލުހުންނާއި، ޕްރޮސިކިއުޓަރުން ނަހަމަގޮތުގައި ބާރުގެ ބޭނުން ހިފުމަށް އެކަމުގެ ސަބަބުން މަގު ހުޅުވިފައި އޮތުމުގެ އިތުރުން، ރައްޔިތުންގެ ހިތުގައި ޤާނޫނީ ނިޒާމުގެ މައްޗަށާއި، ދައުލަތުގެ މައްޗަށް އޮންނަންޖެހޭ އިތުބާރާއި ޔަޤީންކަން އެކަމުގެ ސަބަބުން ގެއްލޭނެތީވެ، ޤާނނުލްޢުޤބާތުގައި ތަޖްރީމްކޮށްފައިވާ ކުށެއް، އެހެން ޤާނ ނަކުން ތަޖްރީމްކޮށް، ތަފާތު އަދަބެއް އެއް ޢަމަލެއްގެ މައްޗަށް ކަނޑައަޅާފައިވާނަމަ، އެފަދަ ޤާނ ނުތައް އުވާލުމަކީ، ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަށްޓަކައި ކުރަންޖެހިފައިވާ މުހިއްމި ކަމެކެވެ. ޖިންސީ ކުށުގެ ޤާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ބްލެކްމެއިލްކުރުމުގެ ކުށުގެ ދަޢުވާ، މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވެން ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމީ، އެކުށް ކުރިކަމަށް އެކަށީގެންވާ މިންވަރުގެ ހެކި ހުށަހެޅިފައިވަނިކޮށްތޯ؟
57ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ (ހ) ގައި ވަނީ: "މިޤާނ ނުގެ 107 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަޢުވާއަށް ޖަވާބުދާރީވުމަށް ދަޢުވާލިބޭ ފަރާތަށް ދެވޭ ފުރުޞަތުގައި ދަޢުވާއަށް އިންކާރުކޮށްފިނަމަ، ހުށަހެޅިފައިވާ ދަޢުވާއަށާއި، އެ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހއަ ހެއްކަށް ރިޢާޔަތްކުރާއިރު، ދަޢުވާލިބޭ ފަރާތުގެ މައްޗަށް އެ ދަޢުވާ ކުރެވޭނެ ތަނެއް ނެތްކަމަށް، މަދަނީ މިންގަނޑުން ބަލާއިރު ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައި، އެ ދަޢުވާއައިގެން ކުރިއަށްދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، އެއީ ބާޠިލު ދަޢުވާއެއްކަމުގައި ކަނޑއަޅަންވާނަ އެވެ."
58HN6އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއް އޮތްނަމަ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ ދަށުން، ދަޢުވާއައިގެން ކުރިއަށް ދާނެ ތަނެއް އޮތްކަމަށް ފަނޑިޔާރު ނިންމައިގެން ނުވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢާއިޝަތު ޢާޒިމާ ޝަކ ރ [2002] SC 30 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވެއެވެ.
(ހ) އިސްތިއުނާފީ ކޯޓަކުން ކުރިން ނިންމާފައިވާ ނިންމުމެއްގެ ސަބަބުން އެ ދަޢުވާގެ ޝަރީޢަތް ހިންގެން ނެތުން.
(ށ) އެ ދަޢުވާއެއް ކުރުމަށް އޮތް ޤާނޫނީ މުއްދަތު ފަހަނަޅައިދިއުން.
(ނ) އެކަށީގެންވާ މިންވަރަށް ހެކި ނެތުން.
(ރ) ޝަރީޢަތް ކުރިއަށް ގެންދާނޭ ޤާނ ނ ސަބަބެއް ނެތުން.
(ބ) ދަޢުވާކުރުމުގައި ޤާނޫނެއްގެ ދަށުން ޕްރޮސިކިއުޝަނުން ފުރިހަމަކުރަންޖެހޭ އިޖުރާއަތެއް ފުރިހަމަކޮށްފައި ނެތުން.
59ކުށުގެ ޢނު ޞްރުތަކާ ދޢަ ވާލިބު ފަރާތާ ގުޅުވައިދޭ އެއްވެސް ހއ ކ އ ނެތްނަމަ، ދަޢުވާއައިގެން ކުރިއަކަށް ނުދެވޭނެއެވެ. ދައުލަތުން ބުނާ ހުރިހާ ކަމެއް ހިނގި ކަމަށް ބެލިޔަސް، ޤާނނުގައ ބުނި ކުށުގާ ޢނު ޞް ރުތައު އެކަމުގައި ފުރިހަމަ ނުވާނަމަ، ޝަރީޢަތް ކުރިއަށް ގެންދަންޖެހޭ ޤާނ ނ ސަބަބެއް ނެތްކަމަށް ބަލަންޖެހެއެވެ. އެހެންކަމުން، އެ ދަޢުވާއައިގެން ކުރިއަށް ދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، އެއީ ބާޠިލު ދަޢުވާއެއްކަމުގައި ކަނޑައަޅަންޖެހޭނެއެވެ. އަދި ކަމާބެހޭ ޤާ ނނ މާއްދީ މާނަކުރާއިރު، ތުހުމަތުކުރެވޭ ޢަމަލަކީ ޤނނީ ގޮތުނާ ކުށުގެ އަސާސީ ރުކުންތަކާއި، ޢުންޞުރުތައް ފުރިހަމަވާ ޢަމަލެއް ނންކަނ އެނގެން އޮތްނަމަ، އެ ޙާލަތުގައިވެސް ޝަރީޢަތް ކުރިއަށް ގެންދަންޖެހޭ ޤާނޫނީ ސަބަބެއް ނެތެވެ. އެހެންކަމުން ދަޢުވާއައިގެން ކުރިއަށްދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، އެއީ ބާޠިލު ދަޢުވާއެއްކަމުގައި ކަނޑައަޅަންޖެހޭނެއެވެ.
60އެކަމަށް ބާރުލިބެނީ، ޕްރޮސިކިއުޝަންގެ ފަރާތުން މައްސަލައިގެ ދަޢުވާ ފޯމާއެކު ހުށަހަޅާފައިވާ އެންމެހާ ލިޔުންތައް ފަނޑިޔާރު ބަލައި ވަޒަންކުރާއިރު، އޭގައި ހިމެނޭ ކަންކަމުން ދަޢުވާކޮށްފައިވާ ކުށުގެ އެންމެހައި ޢުންޞުރުތައް ހުރިތޯ ބަލަންވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް 32 31 ވ. ޢާއިޝަތު ޢާޒިމާ ޝަކޫރު [2002] SC 30 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ތީއެވެ.
61އޭގެ އިތުރުން، ހެކީގެ މައްޗަށް ބިނާކޮށް، ދަޢުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްކަން ނުވަތަ ނެތްކަން މަދަނީ މިންގަނޑުން ނިންމާއިރުގައި، ހެކި ވަޒަންކުރާނެ މިންގަނޑުވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢާއިޝަތު ޢާޒިމާ ޝަކ ރ [2002] SC 30 ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ. އެގޮތުން ދަޢުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅުމަށްޓަކައި، މަދަނީ މިންގަނޑުން ހެކި ވަޒަންކުރާއިރު، އެކަށީގެންވާ މިންވަރަށް ހެކި ހުރިކަން ނުވަތަ ނެތްކަން (ޕްރީމާ ފާސީ ކޭހެއ އޮތްކަން ނުވަތް ނެތްކަން) ބިނާވެފައި އޮންނާނީ ކޮންމެ މައްސަލައެއްގައިވެސް، އެ މައްސަލައެއްގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށާއި، އެ މައްސަލައިގައި ހިމެނޭ ވާޤިޢާތަކުގެ މައްޗަށްކަމަށާއި، އެގޮތުން، އެ ދަޢުވާގައި ހިމެނޭ ކުށް ދަޢުވާލިބޭ ފަރާތުން ކޮށްފައި އޮތުމުގެ ތުހުމަތު އުފދެ މިންވަރަށް ހެކި ހުރިކަމަށް ފަނޑިޔާރަށް ޤަބ ލުކުރެވޭނަމަ، ދަޢުވާއައިގެން ކުރިއަށް ދިއުމަށް އެ މިންވަރު ފުދޭކަމަށާއި، އެހެނީ އެ މަރުޙަލާގައި ކޯޓުން ހެކި ވަޒަންކުރާނީ ޝަރީޢަތް ކުރިއަށް ގެންދާނެ ތަނެއް އޮތްކަން ނެތްކަން ކަނޑައެޅުމަށް ފުދޭ މިންވަރުގެ ހެކި ހުރިތޯ ބެލުންކަމަށާއި، ކުށް ސާބިތުކުރުމަށް ފުދޭ މިންވަރުގެ ހެކި ހުރިތޯ ބެލުން ނޫންކަމަށް އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ.
62މި މައްސަލައިގއަ ދައުލަތުން ބުނަނީ، ޖިންސީ ކުށުގެ ޤާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ބްލެކްމެއިލްކުރުމުގެ ކުށް މުޙައްމަދު ފަވާޒު ލުޠުފީ ކުރިކަމަށް ތުހުމަތުކުރެވޭ އެކަށީގެންވާ މިންވަރުގެ ހެކި ހުށަހަޅާފައިވާނޭ ކަމަށެވެ. ކްރިމިނަލް ކޯޓުގެ ނިންމުގައިވެސ މުޙައްމަދް ފަވާޒު ލުޠުފއާ ދެކޮޅަށް އެއްވެސ ހެއްކެއް ހުށަހަޅާފައިނުވާކަމަކަށް ބަޔާންކޮށްފައެއް ނވު އެވެ.
އބމ، ޕެރެގްރާފް 26 އަދި 28
63ކުރިންވެސް ފާހަގަކޮށްފައިވާނޭ ފަދައިން، ކްރިމިނަލް ކޯޓުން ނިންމާފައިވަނީ، މުޙައްމަދު ފަވާޒު ލުޠުފީ ކޮށްފައިވާކަމަށް ބުނާ ޢަމަލު (އޮރިޔާން ކާޑް ފޮނުވަން އެދުމާއި، އެ ބޭނުންކޮށްގެން ބްލެކްމެއިލްކުރުމުގެ ޢަމަލު) އެއީ، ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކުރާ "ޖިންސީ ޢަމަލު" ގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައި ބެލެވެން ނެތްކަމަށެވެ. އެ ސަބަބަށްޓަކައި، މުޙައްމަދު ފަވާޒު ލުޠުފީ ކުޅަ ޢަމަލުގައި، ޖިންސީ ކުށުގެ ޤާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ބްލެކްމެއިލްކުރުމުގެ ކުށުގެ ޢުންޞުރުތައް ފުރިހަމަ ނުވާކަމަށެވެ. އަދި އެ ކުށް ކުރިކަމަށް ބާރުދޭ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަމަށެވެ.
64ދައުލަތުން މުޙައްމަދު ފަވާޒު ލުޠުފީގެ މައްޗަށް ޖިންސީ ކުށުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ބްލެކްމެއިލްކުރުމުގެ ކުށުގެ ދަޢުވާ ކޮށްފައިވަނީ، އެ މާއްދާގައި ބަޔާންކުރާ "ޖިންސީ ޢަމަލު" ހިންގުމަށްފަހު އެކަމާ ވިއްދައި ބްލެކްމެއިލްކޮށްފައިވާތީކަމަށް ބުނެއެވެ. އެގޮތުން މުޙައްމަދު ފަވާޒު ލުޠުފީ ހިންގި ޖިންސީ ޢަމަލެއްކަމަށް ދައުލަތުން ބުނަނީ، އަޙްމަދުގެ ކިބައިން އޮރިޔާން ފޮޓޯ/ވީޑިއޯ ފޮނުވަން އެދުމާއި، އަޙްމަދަށް ޖިންސީ ފޮޓޯ ފޮނުވުމާއި، އަޙްމަދު ފޮނުވި ފޮޓޯ/ވީޑިއޯ ލިބިގަތުމެވެ. ނަމަވެސް އެއީ ޖިންސީ ކުށުގެ ޤާނޫނުގައި ބުނާ "ޖިންސީ ޢަމަލު" ގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ނުބެލެވޭތީ، ޖިންސީ ކުށުގެ ޤާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ބްލެކްމެއިލްކުރުމުގެ ކުށުގެ ޢުންޞުރުތައް އެ ޢަމަލުގައި ފުރިހަމައެއް ނުވާނެއެވެ. އަޙްމަދުގެ ކިބައިން އޮރިޔާން ފޮޓޯ/ވީޑިއޯ ފޮނުވަން މުޙައްމަދު ފަވާޒު ލުޠުފީ އެދުނުކަމާއި، އަޙްމަދަށް ޖިންސީ ފޮޓޯ ފޮނުވިކަމާއި، އަޙްމަދު ފޮނުވި ފޮޓޯ/ވީޑިއޯ ލިބިގަތްކަމުގެ މައްޗަށް ހެކި ހުރުމަކީ، ޖިންސީ ކުށުގެ ޤާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ބްލެކްމެއިލްކުރުމުގެ ކުށް ސާބިތުކުރުމަށްޓަކައި ފުދޭ ހެއްކެއް ނޫނެވެ.
65އެހެންކަމުން، ޖިންސީ ކުށުގެ ޤާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ބްލެކްމެއިލްކުރުމުގެ ކުށް ކުރިކަމަށް ބާރުދޭ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަމަށ ކްރިމިނަލް ކޯޓުން ނިންމް ނިންމުގައި ޤާނޫނީގޮތުން ގޯހެއް އޮތްކަމަކަށް ނުބެލެއެވެ. މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށްގެންދެވެނ ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އެފަދަ ނިންމުމެއް ނިންމުމަށް އޮންނަ އިޖުރާއީ ތަރުތީބާ ޚިލާފަށްތޯ؟
66HN7ކޯޓަށް ހުށަހެޅޭ ޖިނާއީ މައްސަލައަކާ ގުޅިގެން ހިންގަންޖެހޭ ޝަރީޢަތުގެ ކުރީގެ މަރުޙަލާ ބެހިގެންވަނީ 02 (ދޭއް) ބަޔަކަށެވެ. އެއީ: (1) ޝަރީޢަތުގެ އިބްތިދާއީ އަޑުއެހުމުގެ ބޔާއަ (2) ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ބައެވެ.
67ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ރ) އަށް ބަލާއިރު، ޝަރީޢަތުގެ ކުރީގެ މަރުޙާލާ ބެހިގެންވާ އެ 02 (ދޭއް) ބަޔަށް އިޝާރާތްކޮށްފައިވެއެވެ.
68"އިބްތިދާއީ އަޑުއެހުން" ކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބުނެފައިވަނީ، ކުށުގެ ތުހުމަތުކުރެވިފައިވާ މީހާގެ މައްޗަށް ކުރެވިފައިވާ ދަޢުވާ އޭނާއަށް ސާފުވެފައިވޭތޯ ބެލުމަށާއި، ދަޢުވާއަށް އޭނާ ޖަވާބުދާރީވާ ގޮތެއް ބެލުމަށާއި، ދަޢުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ބަލައި، މައްސަލައިގެ ކުރިއަށް ހުރި އަޑުއެހުންތައް ރާވައި ތާވަލުކުރުމަށްޓަކައި، ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަށް ހުށަހެޅޭ ކޮންމެ މައްސަލައެއްގައި ބާއްވާ އިބްތިދާއީ އަޑުއެހުމަށްކަން، އެ ޤާނޫނުގެ 11 ވަނަ މާއްދާއިން އެނގެން އޮވެއެވެ.
69"ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން" ކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބުނެފައިވަނީ، ޖިނާއީ މައްސަލައެއްގެ އިބްތިދާއީ އަޑުއެހުމުގައި ދަޢުވާލިބޭ މީހާ ދަޢުވާއަށް އިންކާރުކުރާ ޙާލަތުގައި، އެ ދަޢުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ބެލުމަށްފަހު، ދަޢުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްނަމަ، މައްސަލައިގެ ޝަރީޢަތް ހިންގުމަށް ފަނޑިޔާރު ނިންމައި، ޝަރީޢަތުގައި މައުޟޫޢީގޮތުން ބެލުމަކާ ނުލައި އެއާމެދު ގޮތެއް ނިންމޭނެ ދިފާޢެއް، ނުވަތަ އިޢުތިރާޟެއް، ނުވަތަ އެނންވެސ ހުށަހެޅުމެއް ޝަރީޢަތުގެ ކުރިން ހުށަހެޅުމަށްޓަކައި މައްސަލައިގައި ހިމެނޭ ދެފަރާތަށް ދެވޭ ފުރުޞަތުގައި ހުށަހެޅޭ ހުށަހެޅުންތަކަށްކަން، އެ ޤާނޫނުގެ 19 ވަނަ މާއްދާއިން އެނގެން އޮވެއެވެ.
70ކުށުގެ ތުހުމަތު ކުރެވިފައިވާ މީހާގެ މައްޗަށް ކުރެވިފައިވާ ދަޢުވާ އޭނާއަށް ސާފުވެފައިވޭތޯ ބެލުމަށާއި، ދަޢުވާއަށް އޭނާ ޖަވާބުދާރީވާ ގޮތެއް ބެލުމަށާއި، ދަޢުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ކަނޑައެޅުމަށްޓަކައި، ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް ހުށަހެޅޭ ކޮންމެ މައްސަލައެއްގެ އިބްތިދާއީ އަޑުއެހުމެއް ބާއްވަންވާނެކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 105 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
71އިބްތިދާއީ އަޑުއެހުމުން ބޭއްވުމުގެ މަޤުޞަދަކޭ ވަކި ކަންތައްތަކެއް ޙާޞިލްކުރުންކަމާއި، އޭގެ ތެރޭގައި، ދަޢުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ކަނޑައެޅުން ހިމެނޭކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 106 ވަނަ މާއްދާގެ (ބ) އިން އެނގެން އޮވެއެވެ.
72ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ސާދަވަނަ ބާބުގައި ބަޔާންކޮށްފައިވާ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ މަރުޙަލާއަށް ދާނީ، ދަޢުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްކަމަށް ފަނޑިޔާރު ކަނޑައެޅުމުންކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 116 ވަނަ މާއްދާގެ (ހ) އިން ސާފުކޮށް އެނގެން އޮވެއެވެ. އެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢާއިޝަތު ޢާޒިމާ ޝަކ ރ [2002] SC 30 ޤަޟިއްޔާގައި ވެސް ފާހަގަކޮށްފައިވެއެވެ.
73އެހެންކަމުން، މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށްގެންދެވެނ ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ކަމަށްވީނަމަވެސް، އެއީ، އެފަދަ ނިންމުމެއް ނިންމުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ކަށޑައަޅާފައިވާ އިޖުރާއީ ތަރުތބީ ޚިލާފު ނިންމުމެއްކަމުގައި ބެލެވޭކަށް ނެތެވެ.
ނިންމަން ފެންނަގޮތް
74ކްރިމިނަލް ކޯޓުގެ ނަންބަރު 769/Cr-C/2025 ޤަޟިއްޔާއާ ގުޅިގެން ނިންމާފައިވާ، އެ ކޯޓުގެ ނަންބަރު 2025)2026/01-B10(769-145 (28 އޭޕްރީލް 2026) "މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމި ނިންމު"މަށް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް މި މައްސަލައިގައި ފާހަގަކުރެވިފައިނުވާތީ، އެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު ފާޠިމަތު ފަރްހީޒގާ ރައުޔު
75ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކާއި އެދިފައިވާ ފަރުވާ ތަކަށް ބަލައި، އުފެދޭ ޤާނ ނ ބަހުޘުތައް ތަރުތީބުކޮށް، ގޮތް ކަނޑައަޅަންޖެހެނީ އަންނަނިވި ކަންތައްތަކަށެވެ.
1.75. މަދަނީ މިންގަނޑުން ގޮތެއް ކަނޑައަޅާފައިވަނީ ޖިނާއީ އިޖުރާއަތު ހިންގުމަށް އޮތް ތަރުތީބު ގޯސްތޯ؟
2.75. މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށްގެންދެވެން ނެތްކަމަށް ނިންމުމުގައި، ޖިންސީ ކުށުގެ ޤާނޫނު ގެ 9 ވަނަ މާއްދާ މާނަކޮށްފައިވަނީ ޤާނޫނު މާނަކުރުމުގެ އުޞޫލުތަކާ އެއްގޮތަށްތޯ؟ ތަރުތީބާއި ގުޅާ
76ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 106، 107، 110 އަދި 115 ވަނަ މާއްދާ އެކުލަވާލެވިފައިވާ ގޮތުން، ޖިނާއީ ޝަރީޢަތެއްގައި ޕްރީ ޓްރައަލ ހުށަހެޅުން ހުށަހަޅާނީ މަދަނީ މިންގަނޑުން ގޮތެއް ނިންމުމަށް ފަހު ތޯ ނުވަތަ ކުރިން ވެސް އެފުރުސަތު ދެވިދާނެތޯއ މެދާ އޮޅުނު އަރައެވެ. މިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ފުއާދު ޤަޟިއްޔާގައި ކަނޑައެޅިފައިވާ ތަރުތީބަކީ، ޖިނާއީ ޝަރީޢަތެއް ހިންގުމުގައި ގެންދެވިދާނެ އެންމެ ފުރިހަމަ ގޮތް ކަމަށް ބުރަވެވުނު ނަމަވެސް، މިތަރުތީބާ ޚިލާފވުމަކު ޤާނޫނުގައި ކަނޑައެޅިފައިވާ އިޖުރާއަތާއި ޚިލފުވުނާ ކމުގައަ ނުބެލެވެއެވެ. އަދި އެއީ ލާޒިމު އިޖުރާއަތެއް ކަމަށް ބެލިނަމަވެސް، އެފަދަ ނިންމުމެއް ބާޠިލުކުރަން ޖެހޭ ކަމުގައި ނުދެކެމެވެ. އެހެނީ، ކޮންމެ އިޖުރާއީ އައިބަކީ މުޅި ޝަރީޢަތް ނުވަތަ ނިންމުން ބާޠިލްވާންޖެހޭ ކަމެއް ނޫނެވެ. ޤާނޫނު ފަރުމާކުރުމުގައި ގޯސްތަކެއް ހުރި މިހާލަތުގައި، ޝަރީޢަތް ހިންގުމުގައި ގެންގުޅުނު ތަރުތީބުގެ މައްޗަށް ބިނާކޮށް ދަށުކޯޓުގެ ނިންމުން ބާޠިލްކުރަންޖެހޭ ސަބަބެއް ދައުލަތަށް ބުނެދެވިފައިވާ ކަމުގައި ނުދެކެމެވެ. ތަރުތީބު ގޯސްވުމުގެ ސަބަބުން މިނިންމުން ބާޠިލުކުރުމަށް ދައުލަތުން އެދޭ އިރު، އެނިންމުމުގައި ކަނޑައެޅިފައިވާ އުސލުތަކ މެދާ މިކޯޓުން ގޮތެއް ކަނޑައަޅައިދިނުމަށް ދައުލަތުން އެދޭ އެދުމުން މިއިސްތިއުނާފީ ނުކުތާ ހުށަހަޅާފައިވަނީ ހެޔޮ ނިޔަތުގައި ކަމުގައި ނުދެކެމެވެ.
"ޖިންސީ ޢަމަލު " މާނަ ކުރުމާގުޅޭ
77ޖިންސީ ކުށުގެ ޤާނޫނު ގެ 9 ވަނަ މާއްދާގއަ "ޖިންސީ ޢަމަލު" ކަމަށް ބުނެފައި އެވަނީ، މީހަކާއެކު ޒިނޭކުރުނ ކަމުގައް ވީނަމަވެސް، ނުވަތަ މީހެއްގެ ޖިންސީ ގުނަވަނެއްގައި އަތްލުން ކަމުގައި ވީނަމަވެސް، ނުވަތަ މީހެއްގެ ޖިންސީ ގުނަވަނަކާމެދު ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކާމެދު، އެހެން ޢަމަލެއް ހިންގުން ކަމުގައި ވީނަމަވެސް، އެކަށީގެންވާ ވިސްނުމަކުން ވިސްނާއިރު، މީހަކު އެހެން އެ ހިންގި ޢަމަލެއް އެ ހިންގީ، ޖިންސީ ނިޔަތެއް އޮވެގެންކަމަށް ޤަބ ލުކުރެވޭނެ ޢަމަލަށެވެ. ނުވަތަ އެ ޢަމަލެއް ހިންގި ޙާލަތުގައި 2020/HC-A/183 އެ ޢަމަލެއް ހިންގާފައިވަނީ ޖިންސީ ނިޔަތެއް ނނ އެހެން ސަބަބެއް އޮވެގެން ކަމުގައް ބެލެވެން ނެތް ޢަމަލަށެވެ.
78އިސްތިއުނާފ ރައްދުވު ފަރާތުން ފާހަގަކޮށްފައިވަނީ، މިމާއްދާގެ އިބާރާތުގައި "ގުނަވަނަކާމެދު" ބޭނުންކޮށްފައިވުމުން، މިމާއްދާގެ ބޭނުމަށް އެހިންގި ޢަމަލަކީ، އެގުނަވނަކ މެދާ މާއްދީ (physical) ގޮތުން ހިންގޭ ޢަމަލަކަށް ވާން ޖެހޭނެ ކަމަށެވެ. ދަޢުވާލިބޭ ފަރާތާއި އަނިޔާލިބުނު ފަރާތާ ދެމެދު އެއްވެސް "ޖިސްމާނީ" / މާއްދީ ބައްދަލުވުމެއް ނުވަތަ "ސީދާ އަތްލުމެއް" ހިނގާފައި ނުވާތީ، ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ މާނައިގެ ތެރެއަށް ފެތޭ "ޖިންސީ ޢަމަލެއް" ވުޖ ދުނުވާ ކަމަށެވެ. އެހެންކަމުން، އެފަދަ ޢަމަލެއް ނެތި، އެ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ބްލެކްމެއިލްގ ދަޢުވެ ކުރިއަށް ނުގެންދެވޭނެ ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ވަކާލާތުކުރެއެވެ .
79ޖިންސީ ކުށުގެ ޤާނޫނު ގެ 9 ވަނަ މާއްދާގައި ޖިންސީ ޢަމަލުގެ ގޮތުގައި ބަލައިގަނެވޭ ޢަމަލުތަކުގެ ތެރޭގައި (1) މީހަކާ އެކު ޒިނޭކުރުން، (2) މީހެއްގެ ޖިންސީ ގުނަވަނެއްގައި އަތްލުން، (3) އެކަށީގެންވާ ވިސްނުމަކުން ވިސްނާއިރު، މީހަކު އެހެން އެ ހިންގި ޢަމަލެއް އެ ހިންގީ، ޖިންސީ ނިޔަތެއް އޮވެގެންކަމަށް ޤަބ ލުކުރެވޭނެ އެހެން ޢަމަލެއް ހިންގުން، (4) ޢަމަލެއް ހިންގި ޙާލަތުގައި އެ ޢަމަލެއް ހިންގާފައިވަނީ ޖިންސީ ނިޔަތެއް ނ ނ އެހެން ސަބަބެއް އޮވެގެން ކަމުގައް ބެލެވެން ނެތް ޢަމަލުތައް ހިމެނެއެވެ.
80ޤާނޫނުގެ އެއްވެސް ލަފްޒެއް ބޭކާރު ނުވުމުގެ އަސާސް އަށް ރިޢާޔަތްކުރާއިރު، ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ ދެވަނަ ބައިގައި ޖިންސީ ގުނަވަނެއްގައި "އަތްލުން( "Physical Touch) ވަނީ ވަކިން ކަނޑައަޅާފައެވެ. އާއެ ވިދިގެން އޮތް ތިންވަނަ ބައިގައި "ޖިންސީ ގުނަވަނަކމެދާ ... އެހެން ޢަމަލެއް ހިންގުން" ހިމަނާފައިވަނީ، "އަތްލުން" ނޫން އެހެން ޢަމަލުތައް ޝާމިލުކުރުމަށެވެ. ދިފާޢުން ބުނާ ގޮތަށް، މި ބައިގައިވެސް ޖިސްމާނީ ގޮތުން އަތްލުން ލާޒިމުކުރާނަމަ، ޤާނޫނުގެ މި ޢިބާރާތް ބޭކާރު (Redundant) ވެގެންދާނެއެވެ. "ގުނަވަނަކާ މެދު( "In relation to an organ) މި ޢިބާރާތުގެ މަޤްޞަދަކީ، އެ ގުނަވަނަކީ ހިންގުނު ޢަމަލުގެ މަރުކަޒު ނުވަތަ އަމާޒު ކަމުގައި ވުމެވެ. ދެން ބަލަންޖެހެނީ އެގުނަވަނަކ މެދާ ހިންގުނު ޢަމަލު ހިނގާފައިވާ ގޮތުން ޖިންސީ ނިޔަތެއް އެކަމުގައި އޮންނާނެކަމަށް ސަބަބުވެރި މިންގަނޑަކުން ބެލެވޭތޯ ނުވަތަ ނޫންތޯއެވެ. މިއީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޢާންމު މާނަ، އެގޮތުގައި ދެމެހެއްޓުމަށް އިސްކަންދިނުމުގެ އޞު ލުން މާނަކުރުމުން އާދެވޭ ނަތީޖާއެވެ.
81މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ށ) ގައި އެއް މާނައަށްވުރެ ގިނަ މާނަ ދޭހަވާ ބަހެއް ބޭނުންކޮށްފައިވާނަމަ، އެ ބަހުގެ ޙަޤީޤީ މާނަ ދެނެގަތުމަށްޓަކައި ބަލާނީ، އެ ބަސް މާނަކުރެވިފައިވާ މަޙައްލަށެވެ. ނުވަތަ އެ ބަސް ގުޅުވާފައިވާ އެހެން ބަސްބަހާ ޢިބާރާތްތަކުން ދޭހަވާ މާނައަށްކަމަށް ބަޔާންކުރެއެވެ. ޖިންސީ ކުށުގެ ޤާނނގު 9 ވަނަ މާއްދާއަކީ "ޖިންސީ ޢަމަލު" މިލަފުޒު މާނަކުރުމުގެ މާއްދާއެކެވެ. މިމާއްދާ ފަށާއިރު، ދެބާވަތެއްގެ ޢަމަލު މާނަކޮށް "އެހެން ޢަމަލެއް" ގެ ބާވަތް އުފަންކޮށްފައިވާއިރު، އެހެން ޢަމަލު މާނައިގެ ތެރެއަށް ކުރިން ބުނެވުނު ޢަމަލު ހިމެނުން ލާޒިމުކުރުމަކީ އޭގެޒާތުގައި ދެކޮޅުނުޖެހޭ ނަތީޖާއެއް ނިކުންނަ މާނަކުރުމެކެވެ.
82ދައުލަތުން ހުށަހެޅް ދައުވާ ސީޣާގައާއި ދައުވާ ސާފުކޮށްދިނުމުގައި ބުނެފައިވަނީ، މުޙައްމަދު ފަވާޒު ލުޠުފީ، 2021 ވަނަ އަހަރުގެ ތެރޭގައި ސްނެޕް ޗެޓުނ މުޙައްމަދް ފަވާޒު ލުޠުފީއަކީ އަންހެނެއްކަމަށް ދައްކައި ޙަޤީޤަތް އޮޅުވާލައިގެން، އަޙްމަދު އާ ސްނެޕ ޗެޓް މެދުވެރިކޮށް ޗެޓްކޮށް، އަޙްމަދުގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ ފޮނުވުމަށް މުޙައްމަދު ފަވާޒު ލުޠުފީ އެދުމުން، އަޙްމަދު ފޮނުވި އޭނާގެ އޮރިޔާން މަންޒަރު ފެންނަ ފޮޓޯ އަދި ވީޑިއޯ އެހެން ފޯނަކުން ވީޑިއޯކޮށް، މުޙައްމަދު ފަވާޒު ލުޠުފީ ބުނި ޢަދަދަށް ފައިސާ ނުދީފިނަމަ، އެ ފޮޓޯ އަދި ވީޑިއޯ ލީކުކޮށްލާނެކަމަށް ބުނެ، އަޙްމަދަށް ބިރުދައްކައި، އަޙްމަދު ބްލެކްމެއިލްކޮށްފައިވާތީ އުފުލާފައިވާ ދައުވާއެއް ކަމަށެވެ. ދައުވާ ސާފުކޮށްދިނުމުގައި، މިދެފަރާތުގެ ދެމެދުގައި ގާތްގަނޑަކަށް 7 މަސްދުވަހުގެ ޒާތީ ގުޅުމެއް އޮތް ކަމަށާއި، އެކަކު އަނެކަކާ ދެމެދު ދެކެވުނު ވާހަކަތަކުގައި ޖިންސީ ވާހަކަތަކާއި މުޢާމަލާތެއް ހިމެނިފައިވާކަމަށް ފާހަގަކޮށްފައިވެއެވެ. މވާޤިއާތަކުގެ އަލީގައި، ދެފަރާތުގި ދެމެދުގައި ހިނގި އޮރިޔާންކާޑު ބަދަލުކުރުމުގެ ޢަމަލަކީ ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ އިބާރާތުން ބަޔާންކުރާ ފަދައިން "އެކަށީގެންވާ ވިސްނުމަކުން ވިސްނާއިރު، ޖިންސީ ނިޔަތެއް އޮވެގެން ހިންގާފައިވާ" ޢަމަލެއްކަން ޤާނޫނީ ގޮތުން Prima Facie މަރުޙަލާގައި ޤަބ ލުކުރެވޭނެ ޖާގަ އޮތް ކަމަށް ބެލެވިދާނެކަމުގައި ދެކެމެވެ. ކްރިމިނިލ ކޯޓުގް ނިންމުމަކީ ބުނެވުނު ވާޤިއާއަކާއ ގުޅުވައި ނުވަތި ވާޤިއާއެއް ސާބިތުވުމަށް މަދަނީ މިންގަނޑުން ހެކި ހުރި ތޯ ވަޒަންކށޮ ނިންމާފައިވާ ނިންމުމަކަށް ވުރެ ބޮޑަށް ޤާނޫނު މާނަ ކުރުމުގެ ތެރެއިން ނިންމާފައިވާ ނިންމުމެކެވެ.
83ބުނެވުނު އެންމެހައި ކަންކަމަށް ރިއާޔަތްކުރާއިރު، ޖިނާއީ އިޖުރާއަތު ޤާނޫނުގު 115 ވަނަ މާއްދާގެ ބޭނުމަށް، ޖިންސީ ކުށުގެ ޤާނނގު 9 ވަނަ މާއްދާ މާނަކޮށް، ތަޠްބީޤުކޮށްފައިވަނީ، ޤާނޫނީ ގޮތުން ރަނގަޅަށް ކަމަށް ނުފެންނާތީ، ކުރިމިނަލް ކޯޓުގެ ނަންބަރު 2025)2026/01-B10(769-145 (28 އޭޕްރީލް 2026) "މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމި ނިންމުން" ބާޠިލުކުރުމަށް ފެނެއެވެ.
ފަނޑިޔާރު އިސްމާޢީލް ޝަފީޢުގެ ރައުޔު
84މި މައްސަލައިގައި އިސް ފަނޑިޔާރު ޢަބްދުﷲ ޖަމީލް މ ސާގެ ރައުޔަށް ތާއިދުކުރަމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 6، 7، 8، 9، 21، 22، 24، 25، 26، 28، 35، 36، 38، 43، 44، 45، 69 (ލ)، (ގ) ވަނަ މާއްދާތައް
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 (ހ)، (ނ)، 4، 5، 6، 8 (ހ)، (ށ)، 12 (ރ)، 37 (ށ) ވަނަ މާއްދާތައް
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 3 (ރ)، 11، 19، 105، 106 (ބ)، 107، 110، 115 (ހ)، 116 (ހ) ވަނަ މާއްދާތައް
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 18 (ރ)، (ބ)، 131 (ށ)، 132، 133، 411، 1002 ވަނަ މާއްދާތައް
- 2022/SC-A/42 އަދި 2022/SC-A/43 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢާއިޝަތު ޢާޒިމާ ޝަކޫރު)
- 2020/SC-A/46 (ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް) ވ. އަތަމާ މެރިން އިންޓަނޭޝަނަލް) [2021] SC 79
- 2023/SC-A/15 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޝިފާޢު) [2023] SC 18
- 2024/HC-A/35 (އާމިނަތު ވ. ޒާހިރު)
- 2020/HC-A/183 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ފުއާދު)
- 2025/HC-B12/18 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ޒައިދާން ޢަލީ) (އިސްތިއުނާފުކުރި ފަރާތުގެ ޙަވާލާ)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.