ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން)
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2015/HC-A/271، 1124/Cv-C/2014
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުގެ 1124/Cv-C/2014 ޤަޟިއްޔާގައި، ދައުލަތުން އެއްބަސްވުން ބާޠިލުކުރީ އެއްބަސްވުމާ ޚިލާފަށް ކަމަށް ކަނޑައަޅައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި 348,995,154.60 ރުފިޔާ ދީބާޖާއަށް ދިނުމަށް ޙުކުމްކުރިއެވެ. އިސްތިއުނާފުގެ މުއްދަތު ހަމަވުމަށްފަހު ދައުލަތުން ކުރި އިސްތިއުނާފު ބަލައިގަނެ، ހައިކޯޓުގެ 2015/HC-A/271 ޤަޟިއްޔާގައި ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކުރިއެވެ. ދީބާޖާއިން ކުރި ފުރަތަމަ އިސްތިއުނާފުގައި (2018/SC-A/46) ސުޕްރީމް ކޯޓުން ހައިކޯޓުގެ ޙުކުމް ބާޠިލުކުރި ނަމަވެސް، ދައުލަތުން އެދުނު މުރާޖަޢާގައި (2020/SC-A/35) އެ ނިންމުން ބާޠިލުކޮށް، ހައިކޯޓުގެ ޙުކުމް އަލުން އިސްތިއުނާފުކުރުމުގެ ފުރުޞަތު ދިނެވެ. މި ޤަޟިއްޔާއަކީ ދީބާޖާއިން ދެވަނަ ފަހަރަށް ކުރި އިސްތިއުނާފެވެ.
- ވާޤިޢާ
- 01 ފެބްރުއަރީ 2010 ގައި އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ދީބާޖާއާއި މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއް ވެވުނެވެ. ޚިދުމަތް މެދުކެނޑެމުން ދިޔަ ކަމުގެ ޝަކުވާތައް ލިބުމުން، 16 މެއި 2013 ގައި އެއް ހަފުތާގެ ތެރޭގައި ޚިދުމަތް އަލުން ފެށުމަށް މިނިސްޓްރީން އެންގިއެވެ. 29 މެއި 2013 ގައި ބ. ފުޅަދޫއާއި ފެހެންދޫއަށް ޚިދުމަތް ނުލިބޭކަން އެންގުމަށްފަހު، 30 މެއި 2013 ގައި އެއްބަސްވުމުގެ 6.32.1 (ޑީ) ގެ ދަށުން މިނިސްޓްރީން އެއްބަސްވުން ވަގުތުން ބާޠިލުކުރިއެވެ. ދީބާޖާއިން ސީދާ މާލީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 2,410,343,581 ރުފިޔާ ހޯދުމަށް ދަޢުވާކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ދައުލަތުން އެއްބަސްވުމުގެ 6.32.1 (ޑީ) ގެ ދަށުން އެއްބަސްވުން ވަގުތުން ބާޠިލުކުރީ އެ މާއްދާގައިވާ ޙާލަތު ވުޖޫދުވެގެންތޯ؛ އަދި ސީދާ ގެއްލުމުގެ ބަދަލަށް އެދުނު ދަޢުވާއެއްގައި ދަށު ކޯޓުން މުސްތަޤުބަލުގައި ލިބޭނެ ކަމަށް ލަފާކުރާ ގެއްލުމުގެ ބަދަލު ނަގައިދިނުން ޞައްޙަތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ދީބާޖާ ބުނީ، ހައިކޯޓުން އިސްތިއުނާފު ބަލައިގަތީ މުއްދަތު ހަމަވުމަށްފަހު ޤާނޫނާ ޚިލާފަށް ކަމަށާއި، 6.32.1 (ޑީ) ގައިވާ ޙާލަތު ވާޤިޢުވެފައި ނުވާ ކަމަށާއި، ދައުލަތުން ކުރިން ދިން ލުއިތަކަށް ރިޢާޔަތްނުކޮށް ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ހައިކޯޓުން ނިންމި ކަމަށެވެ. އަދި ހައިކޯޓުން ގެއްލުމުގެ ބާވަތްތަކުގެ ފަރަޤަށް ރިޢާޔަތްނުކުރި ކަމަށާއި، އޮޑިޓް ފާރމަކުން ހެދި ހިސާބުތަކަށް ބަރޯސާނުވި ކަމަށް ބުންޏެވެ. ދައުލަތުން ބުނީ، ލުއިތަކެއް ދީފައި ނުވާ ކަމަށާއި، ލުއިތަކުގެ ވާހަކަ ހައިކޯޓުގައި ދެކެވިފައި ނުވާ ކަމަށާއި، ހިސާބުތަކަށް ސިވިލް ކޯޓުގައި ޠަޢުނުކޮށްފައިވާ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- އަޣްލަބިއްޔަތުން ކަނޑައެޅީ، އިސްތިއުނާފީ ފުރަތަމަ ތިން ނުކުތާގައިވާ ކަންކަމަކީ 2020/SC-A/35 ޤަޟިއްޔާއިން ނިހާއީ ގޮތެއް ކަނޑައެޅިފައިވާ ކަންކަމަށްވާތީ، އިޝޫ އެސްޓޮޕަލްގެ އުޞޫލުން އަލުން ނުބެލޭނެ ކަމަށެވެ. 6.32.1 (ޑީ) ގެ ދަށުން ނޯޓިސް ނުދީ ވަގުތުން ބާޠިލުކުރެވޭނީ ފޯސް މެޖަރ ނޫން ސަބަބަކާހުރެ ވިދިވިދިގެން 5 ދުވަސް ޚިދުމަތުގެ ބޮޑު ބައެއް މެދުކެނޑިއްޖެނަމަ ކަމަށާއި، ބާޠިލުކުރިއިރު ޚިދުމަތުގެ ބޮޑު ބައެއް ދެމުން ދިޔަ ކަމަށާއި، ޚިދުމަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން ބާޠިލުކުރާނަމަ 6.32.2 ގެ ދަށުން 90 ދުވަހުގެ ނޯޓިސް ދޭންޖެހޭ ކަމަށް ކަނޑައެޅިއެވެ. އެހެންކަމުން ބާޠިލުކުރީ އެއްބަސްވުމާ ޚިލާފަށް ކަމަށާއި، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުން ސީދާ ގެއްލުމުގެ ބަދަލު ދީބާޖާއަށް ލިބެން ޙައްޤު ކަމަށް ކަނޑައެޅިއެވެ. ނަމަވެސް ދަޢުވާގައި އެދުނީ ސީދާ ގެއްލުމުގެ ބަދަލަށް ކަމުގައިވާއިރު ސިވިލް ކޯޓުން މުސްތަޤުބަލުގެ ގެއްލުންވެސް ނަގައިދިނީ ނޭދޭ ފަރުވާއެއް ދިނުން ކަމަށާއި، ހުށަހެޅި ހިސާބު ޝީޓަކީ ބަރޯސާވެވޭ އޮޑިޓް ރިޕޯޓެއް ނޫން ކަމަށް ބަލައި، ސީދާ ގެއްލުމުގެ ބަދަލު ކަނޑައެޅުމަށް ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) އާއި 19 ވަނަ މާއްދާގެ (ނ) ގެ ދަށުން މައްސަލަ ހައިކޯޓަށް ތަޙުވީލުކުރިއެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ޙުކުމާއި ސިވިލް ކޯޓުގެ ޙުކުމުގެ ގެއްލުމުގެ ބަދަލާ ގުޅޭ ބައި ބާޠިލު؛ ސީދާ ގެއްލުމުގެ ބަދަލު ކަނޑައެޅުމަށް ހައިކޯޓަށް ތަޙުވީލު (އަޣްލަބިއްޔަތުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކަނޑައެޅުނު ޙުކުމުގެ ބާރު ދެމިއޮތްހާ ހިނދަކު، އެއާ ޚިލާފަށް ކަމެއް ނުނިންމޭނެއެވެ. ސުޕްރީމް ކޯޓުގެ ނިހާއީ ނިންމުމެއް އޮތް ކަންތައްތަކާމެދު، އެ ނިންމުން މުރާޖަޢާ ކުރުން ނޫން ގޮތަކަށް އަލުން އެ ކަންތައްތަކާމެދު ގޮތެއް ނިންމައި ދިނުމަށް އެދިފައިވާއިރު، އެ ކަންކަމާމެދު ސުޕްރީމް ކޯޓުން އަލުން ގޮތެއް ނިންމުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ރެސް ޖުޑިކާޓާގެ މަބްދައު ބިނާވެފައިވާ މައިގަނޑު ތިން އުޞޫލުގެ ތެރެއިން އިޝޫ އެސްޓޮޕަލްގެ އުޞޫލު މިކަމަށް ތަޠުބީޤު ކުރެވޭނެއެވެ.
HN2 ކޮންޓްރެކްޓެއްގެ ވަކި މާއްދާއެއްގެ ދަށުން އެއްބަސްވުމެއް ބާތިލު ކުރެވޭއިރު ބަލަންޖެހެނީ އެ މާއްދާގައި ބުނާ ޙާލަތެއް ވުޖޫދުވެފައިވޭތޯ އާއި އަދި އެ ފަދަ މަޙައްލެއް އޮތްތޯއެވެ.
HN3 ޚިދުމަތުގެ ފެންވަރު ދަށްވުމަކީ އެއްބަސްވުމުގެ 6.32.1 ގެ (ޑީ) ގެ ދަށުން އެއްބަސްވުން ވަގުތުން ބާޠިލުކުރުމުގެ ބާރު ދައުލަތަށް ލިބިދީފައިވާ ޙާލަތެއް ނޫނެވެ. އެ ޙާލަތުގައި އެއްބަސްވުން ބާޠިލު ކުރާނަމަ ޢަމަލުކުރަން ޖެހޭނީ އެއްބަސްވުމުގެ 6.32.2 ވަނަ މާއްދާއަށެވެ. އެ މާއްދާގެ ދަށުން ދޭންޖެހޭ 90 (ނުވަދިހަ) ދުވަހުގެ ނޯޓިސް ދީގެން އޭގައި ބުނާ އިޖުރާއާތުތައް ފުރިހަމަ ކޮށްގެން އެއްބަސްވުން ބާޠިލު ކުރުމުގެ ފުރިހަމަ އިޚްތިޔާރު ދައުލަތަށް އޮތެވެ.
HN4 ދެފަރާތެއްގެ ދެމެދުގައި އޮތް އެއްބަސްވުމެއް ޤާނޫނާ ޚިލާފަށް އުވާލެވިގެން އެކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައި ދިނުމަކީ ކަނޑައެޅި ބަޔާންވެގެންވާ ޤާނޫނީ ހަމައެކެވެ. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތުން ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެއްލުމުގެ ބަދަލާއި، އެފަދަ ޚިލާފު އަމަލެއް ކުރުމުން ލިބިދާނެކަން ކޮންޓްރެކްޓުގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުމުގެ ބަދަލު ނަގައި ދެވިދާނެއެވެ.
HN5 ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ލިބޭ ސީދާ ގެއްލުމަކީ ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ ކަމަކާ ޚިލާފުވުމުގެ ސީދާ ނަތީޖާއެއްގެ ސަބަބުން ލިބޭ ގެއްލުންތަކެވެ.
HN6 ޝަރީއަތުގައި ނޭދޭ ފަރުވާއެއް ފޯރުކޮށްދިނުމަކީ ފަނޑިޔާރަށް ލިބިފައިވާ އިޚްތިޔާރެއްނޫނެވެ. އެއްބާވަތަށް ވުރެ ގިނަ ބާވަތުގެ ބަދަލުތައް ހުންނައިރު އޭގެ ތެރެއިން ވަކި ބާވަތެއްގެ ބަދަލެއް ހޯދުމަށް ދައުވާ ކުރެވޭއިރު، އެ ނޫން ބާވަތްތަކަށް ބަދަލު ނަގައި ދިނުމަކީ، ފަނޑިޔާރުގެ ތަޤްދީރީ ބާރުގެ ބޭރުން ހިނގާ ކަންކަމެވެ. ސީދާ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރެވޭ މައްސަލައެއްގައި، ނުސީދާ ގެއްލުމުގެ ބަދަލު ނަގައި ދިނުމަކީ ޝަރީއަތް ކުރުމުގެ އުޞޫލުތަކާ ޚިލާފުކަމެވެ.
HN7 ގެއްލުމުގެ ބަދަލު ހިސާބުކުރުމަށްޓަކައި މިނިވަން އޮޑިޓް ފާރމެއް މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ޝީޓެއްކަން އެނގޭނެ އެއްވެސް ގޮތެއް ނެތްކަމާއި، އެ ހިސާބުތައް ހެދުމުގައި ބަލާފައިވަނީ ބައިނަލްއަޤުވާމީ ކޮން މިންގަނޑަކަށްކަން ސާފުނުވާ ކަމާއި، އެ ލިޔުމަކީ ޞައްޙަ ޢަދަދުތަކެއްގެ މައްޗަށް ބިނާކޮށްގެން ހަދާފައިވާ ލިޔުމެއްކަން ނުވަތަ ނޫންކަންވެސް އެނގެން ނެތް ޙާލު، އެ ލިޔުމަކީ ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ރިޢާޔަތްކުރެވިދާނެ އޮޑިޓް ރިޕޯޓެއް ކަމަށް ބަލައި، އެ މައްޗަށް ބިނާކޮށް ގެއްލުމުގެ ބަދަލު ނަގައިދެވިދާނެ ކަމަކަށް ނުބެލެވެއެވެ.
HN8 މި މަރުޙަލާގައި އެކަން ބަލައި ބަދަލުގެ މިންވަރު ކަނޑައަޅައިފިނަމަ މައްސަލައިގެ ދެފަރާތަށް އެކަމުގައި އިސްތިއުނާފީ ދެ މަރުޙަލާ ގެއްލިގެން ދާނެއެވެ. ވުމާއެކު އެންމެ ރަނގަޅު ގޮތަކީ މި މައްސަލައިގެ ބަދަލުގެ ބައި ދަށު ކޯޓުން އަލުން ބެލުމެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)، މަޙާޒު ޢަލީ ޒާހިރު، ޑރ. މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- ޢަލީ ރަޝީދު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަލީ ރަޝީދު ޙުސައިން · ތާއީދުކުރެއްވީ: ޑރ. މުޙައްމަދު އިބްރާހީމް
- ޚިލާފު ރައުޔު
- އެބައޮތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު.....
3 ..... ތަޢާރުފު.....
4 ..... މައްސަލައިގައި ކަންހިނގާފައިވާ ގޮތް.....
5 ..... ސިވިލް ކޯޓުން ނިންމިގޮތް.....
7 ..... ހައިކޯޓުން ނިންމިގޮތް.....
10 ..... ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/46 ޤަޟިއްޔާ.....
11 ..... ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/35 ޤަޟިއްޔާ.....
14 ..... ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތައް.....
16 ..... އިސްތިއުނާފީ ފުރަތަމަ ތިން ނުކުތާ.....
19 ..... އިސްތިއުނާފީ ހަތަރުވަނަ ނުކުތާ.....
20 ..... އިސްތިއުނާފީ ފަސްވަނަ ނުކުތާ.....
21 ..... އެއްބަސްވުމަށް ޢަމަލުކުރަން ފެށުން.....
23 ..... ދައުލަތުން އަދާކުރަންޖެހޭ އިލްތިޒާމްތަކެއް އަދާކޮށްފައި ނުވާ ކަމަށް ބުނެފައިވުން.....
25 ..... ދަތުރުފަތުރުގެ ޚިދުމަތް މެދު ކެނޑުން.....
30 ..... އެއްބަސްވުން ވަގުތުން ބާޠިލުކުރުމުގެ އިޚްތިޔާރު ދައުލަތަށް ލިބިދީފައިވުން.....
31 ..... ދައުލަތުން އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމާއި އެއްގޮތަށްތޯ ނުވަތަ ނޫންތޯ ކަނޑައެޅުން.....
33 ..... ގެއްލުމުގެ ބަދަލު.....
35 ..... މައްސަލަ ނިންމަން ފެންނަ ގޮތް.....
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު.....
36 ..... އިސްތިއުނާފީ ފަސްވަނަ ނުކުތާ.....
37 ..... ސިވިލް ކޯޓުގެ މަރުޙަލާ.....
40 ..... ހައިކޯޓުގެ މަރުޙަލާ.....
41 ..... 16 މެއި 2013 ގެ ސިޓީގެ ޠަބީޢަތް.....
42 ..... ކަމެއް ރަނގަޅު ކުރުމަށް ފުރުސަތެއް ދެވިދާނެތަ؟.....
46 ..... ޓްރާންސްޕޯޓު މިނިސްޓްރީގެ ހުށަހެޅުމަށް ޢަމަލު ކުރެވިދާނެތަ؟.....
47 ..... ބ.ފުޅަދޫ އާއި ފެހެންދޫއަށް ޚިދުމަތް ނުދެވުން.....
53 ..... އިސްތިއުނާފީ 06 ވަނަ ނުކުތާ..... އިސްތިއުނާފީ
54 ..... އިސްތިއުނާފީ ހަތްވަނަ ނުކުތާ..... 56 ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު..... 58 ބިންތައް ޙަވާލުކުރުމާގުޅޭ..... 60 އެއްބަސްވުން ބާތިލުކުރުމާގުޅޭ..... 63 ސީދާ ގެއްލުމުގެ ބަދަލު ހޯދުން..... 64 ތަހުވީލުކުރުން..... 65 ޙުކުމް..... بِسْمِ الرَّحْمَنِ الرَّحِيمِ ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން) [2022] SC 64
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
1މި މައްސަލައަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަޝިއްޔާއާ ގުޅުން ހުރި ފަރާތްތަކުން އިސްތިއުނާފު ކުރުމަށް އެދޭނަމަ، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ފުރުޞަތު އެފަރާތަކަށް ލިބިގެންވާ ކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/35 ޤަޝިއްޔާއިން ކަނޑައެޅުމާ ގުޅިގެން، އިސްވެ ބަޔާންވެދިޔަ ހައިކޯޓުގެ ޤަޟިއްޔާ ނިންމާފައި ވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު: C-0087/2010) (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ދީބާޖާ" ކަމަށް ބުނެފައިވާ) ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، މިހާރުގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން) (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ދައުލަތް" ނުވަތަ "މިނިސްޓްރީ" ކަމަށް ބުނެފައިވާ) ފަރާތެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
2ދީބާޖާ އާއި މިނިސްޓްރީ އާއި ދެމެދު 01 ފެބްރުވަރީ 2010 ގައި އުތުރު ޕްރޮވިންސް (ނ، ރ، ބ އަދި ޅ އަތޮޅު) ގެ ދަތުރުފަތުރުގެ ޚިދުމަތްތައް ދިނުމުގެ އެއްބަސްވުމެއް (މީގެ ފަހުން " އެއްބަސްވުން" ކަމުގައި ބުނެފައިވާ) އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ.
3އެއްބަސްވުމުގައި ބަޔާންވެގެންވާ ގޮތަށް ދީބާޖާގެ ފަރާތުން ޚިދުމަތް ދެމުން ނުދާ ކަމަށް ބުނެ، އެ އެއްބަސްވުމުގެ 6.32 ވަނަ މާއްދާގެ (ޑީ) އާ ޙަވާލާދީ އެއްބަސްވުން ބާޠިލުކޮށްފައިވާ ކަމަށް 30 މޭ 2013 ގައި މިނިސްޓްރީއިން ދީބާޖާއަށް އަންގާފައިވެއެވެ .
4މިނިސްޓްރީއިން، އެއްބަސްވުން ބާޠިލުކޮށް ފޮނުވި ސިޓީ ލިބުމުން، އެއްބަސްވުން ބާޠިލުކުރިކުރުން ބަލައިނުގަންނަކަން ބަޔާންކޮށް، އެއްބަސްވުން ބާޠިލުކުރުމުގެ ސަބަބުން ދީބާޖާއަށް ލިބިފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި USD $156,312,813.00 (ސަތޭކަ ފަންސާސް ހަމިލިއަން ތިން ލައްކަ ބާރަހާސް އަށްސަތޭކަ ތޭރަ އެމެރިކާ ޑޮލަރު) 14 (ސާދަ) ދުވަސް ތެރޭގައި ދީބާޖާއަށް ދެއްކުމަށް މިނިސްޓްރީއަށް އަންގައި، އެ މުއްދަތުގެ ތެރޭގައި މިނިސްޓްރީން އިތުރު ހުށަހެޅުމެއް ހުށަނާޅައިފިނަމަ، ދީބާޖާއިން ހުށަހެޅި ހުށަހެޅުން ޤަބޫލުކުރި ކަމަށް ބެލެވޭނެ ކަމަށް ބަޔާންކޮށް 30 މޭ 2013 ގައި ދީބާޖާ އިންވެސްޓްމަންޓުގެ ފަރާތުން މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވެއެވެ.
5އެއްބަސްވުމުގެ ދަށުން މިނިސްޓްރީއަށް ލާޒިމުވެގެންވާ އިލްތިޒާމުތައް ފުރިހަމަނުކޮށް އެއްބަސްވުން ބާޠިލުކޮށްފައިވާ ކަމަށްބުނެ، އެއްބަސްވުން ބާޠިލުކޮށްފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި، ދީބާޖާއަށް ލިބުނު ސީދާ މާލީ ގެއްލުމަކީ 2,410,343,581ރ. (ދެބިލިޔަން ހަތަރުސަތޭކަ ދިހަމިލިޔަން ތިންސަތޭކަ ސާޅީސްތިންހާސް ފައްސަތޭކަ އަށްޑިހަ އެއް ރުފިޔާ) ކަމަށާއި، އެ ފައިސާ އެކީ އެއްފަހަރާ ދައުލަތުގެ ކިބައިން ނަގައި ދިނުމަށް އެދި، ދީބާޖާ އިންވެސްޓްމަންޓުގެ ފަރާތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނަށް ރައްދުވާ ގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ދަޢުވާ ކޮށްފައިވެއެވެ.
ސިވިލް ކޯޓުން ނިންމިގޮތް
6ދިބާޖާގެ ފަރާތުން ދިވެހި ދައުލަތުގެ މައްޗަށް ދަޢުވާކުރި މައްސަލަ ބަލާފައި ވަނީ ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާއިންނެވެ. މި ޤަޟިއްޔާގައި އަންނަނިވި ކަންތައްތައް ސިވިލް ކޯޓުން ނިންމާފައިވެއެވެ.
6.1 އެއްބަސްވުމުގެ 6.32.1 ވަނަ މާއްދާގައި، އެއްބަސްވުން ބާޠިލުކުރެވޭނީ ދީބާޖާ އިންވެސްޓްމަންޓުން ދެމުންގެންދާ ދަތުރުފަތުރުގެ މުޅި ޚިދުމަތްތައް ނުވަތަ ޚިދުމަތް ދެމުންގެންދާ ސަރަޙައްދުގެ ބޮޑު ބަޔަކަށް ވިދިވިދިގެން 5 (ފަހެއް) ދުވަސް ވަންދެން ނުވަތަ އެއަށް ވުރެ ގިނަ ދުވަސް ވަންދެން ޚިދުމަތް މެދު ކެނޑުމުންކަން އެނގެން އޮތުމުންނާއި، 28 މޭ 2013 ވަނަ ދުވަހު ބ. ފުޅަދޫ އާއި ބ. ފެހެންދޫގެ ފެރީގެ ޚިދުމަތް މެދުކެނޑިފައި ވާތީ، އެ ދެ ރަށުގެ ޚިދުމަތް ކުރިޔަށް ގެންގޮސްގެން މެނުވީ އެ ސަރަޙައްދުގެ ފެރީގެ ޚިދުމަތް ފުރިހަމަވީ ކަމަށް ބެލެވެން ނެތުމުން، ވީއެންމެ އަވަހަކަށް ޚިދުމަތް ފަށައިދިނުމަށް އެދި މިނިސްޓްރީން 29 މޭ 2013 ގައި ސިޓީ ފޮނުވުމަށްފަހު، 30 މޭ 2013 ގައި އެއްބަސްވުން ބާޠިލްކޮށްފައިވުމުން، ޚިދުމަތް މެދުކެނޑުނު ދުވަހާ އެއްބަސްވުން ބާޠިލުކުރިކަން ދައުލަތުން އެންގި ދުވަހާ ދެމެދަށް 5 (ފަހެއް) ދުވަސްވެފައި ނުވާކަން އެނގޭތީ، އެއްބަސްވުން ބާޠިލުކޮށްފައި ވަނީ އިސްވެ ބުނެވުނު މާއްދާއާ ޚިލާފަށްކަމެވެ.
6.2 ކޮންޓްރެކްޓުގެ އިލްތިޒާމުތައް އެ ކޮންޓްރެކްޓުގެ އެއް ފަރާތުން ތަންފީޒު ނުކުރާހައި ހިނދަކު، އަނެއް ފަރާތުގެ އިލްތިޒާމުތައް ތަންފީޒުނުކޮށް ހުއްޓާފައި ބޭއްވުން ހުއްދަވެގެން ވީނަމަވެސް، އެފަދައިން ކޮންޓްރެކްޓުގެ އިންތިޒާމުތައް ހުއްޓާފައި ބޭއްވުމުގެ ޞައްޙަކަން ވަޒަންކޮށް ތަޤުދީރުކުރުމުގެ ބާރު ކަމާބެހޭ ކޯޓަށް އަބަދުވެސް ލިބިގެންވާކަން މަދަނީ ކޮންޓްރެކްޓާބެހޭ ޢާއްމު އުސޫލުތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
6.3 މި އެއްބަސްވުމަކީ ވިޔަފާރީގެ އުޞޫލުން ޚިދުމަތް ދިނުމަށާއި ޚިދުމަތް ލިބިގަތުމަށް ވެފައިވާ އެއްބަސްވުމަކަށް ވާއިރު، އެ އެއްބަސްވުމުގެ ދަށުން ދެވޭ ޚިދުމަތުގެ މުޤާބިލުގައި ކްރޮސް ސަބްސިޑީގެ ގޮތުގައި ދީބާޖާ އަށް ޙަވާލުކުރަންޖެހޭ 47 (ސާޅީސް ހަތެއް) ބިން ޙަވާލު ނުކުރުމަކީ އެއްބަސްވުމާ ޚިލާފުވުން ކަމަށްވާއިރު، ދައުލަތުން އަދާކުރަން ޖެހޭ އިލްތިޒާމު ދައުލަތުން ފުރިހަމަކޮށްފައި ނުވާކަން އެނގެން އޮތްކަމެވެ.
6.4 އެއްބަސްވުމުގެ ދަށުން ދައުލަތުގެ މައްޗަށް ލާޒިމުވާ އަސާސީ އިލްތިޒާމެއް ފުރިހަމަ ނުކުރުމުގެ ސަބަބުން ދީބާޖާ އަށް ލިބިފައިވާ މާލީ ގެއްލުމުގެ ބަދަލުގެ ގޮތުގައި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޙަވާލާދީ ހޯދުމަށް އެދިފައިވާ ބަދަލުގެ މިންވަރަކީ އިންޓަރނޭޝަނަލް އޮޑިޓް ފާރމަކުން ހަދާފައިވާ ހިސާބުތަކެއް ކަމާއި، އަދި މި ހިސާބުތަކަކީ ދައުލަތުން ވެސް ބަލައިގެންފައިވާ ހިސާބުތަކެއްކަން އެނގެން އޮންނަ ކަމާއި، ސީދާ ގެއްލުމާއި ނުސީދާ ގެއްލުމުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދުތަކަކީ ދީބާޖާ އަށް ލިބޭނޭ މާލީ މަންފާތަކެއްކަން އެ ފާރމްއިން ހެކިވެފައިވާ ކަމާއި، އެ ހިސާބުތައް ހާދާފައިވަނީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް ކުރެވިފައިވާ ހިސާބުތަކެއްގެ މައްޗަށްކަން އެނގެން އޮތް ކަމެވެ.
6.5 ދީބާޖާގެ ފަރާތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވަނީ -/2,410,343,581 (ދެބިލިޔަން ހަތަރުސަތޭކަދިހަ މިލިޔަން ތިންސަތޭކަ ސާޅީސްތިން ހާސް ފަސްސަތޭކަ އަށްޑިހަ އެއް ރުފިޔާ) ކަމުގައި ވާއިރު، އެ ހިސާބުތަކަކީ މުސްތަޤުބަލުގައި ލިބޭނެ ކަމަށް ލަފާކޮށް ތައްޔާރު ކޮށްފައިވާ ހިސާބުތަކެއް ކަމަށް ވާތީ އާއި، މި ހިސާބުތައް ތައްޔާރު ކުރެވުނުއިރު ހުރި އަގުން މިން ކުރާއިރު، ހިސާބުތައް ތައްޔާރު ކުރެވުނުއިރު ހުރި އަގު (ނެޓް ޕްރެޒެންޓް ވެލިޔު) އަކީ 6,979,903/92ރ. (ހަމިލިޔަން ނުވަލައްކަ ހަތްދިހަ ނުވަހާސް ނުވަސަތޭކަ ތިންރުފިޔާ ނުވަދިހަ ދެ ލާރި) ކަމާއި މި އަދަދު އެއްބަސްވުމުގެ މުއްދަތު ކަމުގައިވާ 50 (ފަންސާސް) އަހަރަށް ގުނަކުރުމުން އަންނަ 348,995,154/60ރ. (ތިންސަތޭކަ ސާޅީސް އަށްމިލިޔަން ނުވަލައްކަ ނުވަދިހަފަސްހާސް ސަތޭކަ ފަންސާސްހަތަރު ރުފިޔާ ފަސްދޮޅަސް ލާރި) އަކީ، ހިސާބުތައް ހެދުމުގައި ގެންގުޅޭ ބައިނަލްއަޤުވާމީ މިންގަނޑު ކަމަށްވާ "ވެއިޓެޑް އެވްރެޖް ކޯސްޓް އޮފް އިންޓްރެސްޓް" އަށް ރިޢާޔަތް ކުރުމުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި ދީބާޖާ އަށް ދޭންޖެހޭ ބަދަލުގެ މިންވަރުކަމެވެ.
7ސިވިލް ކޯޓުން ކުރި ޙުކުމް ޤާނޫނާއި ޢަމަލުކުރަމުންދާ އުޞޫލުތަކާ ޚިލާފު ކަމަށް ބުނެ، ދިވެހި ދައުލަތުގެ ފަރާތުން އެ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.
ހައިކޯޓުން ނިންމިގޮތް
8ދައުލަތުން އިސްތިއުނާފު ކުރި މި މައްސަލަ ބަލާފައި ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަޟިއްޔާއިންނެވެ.
9ހައިކޯޓުގައި މި ޤަޟިއްޔާ ކުރިއަށް ދިޔައިރު، މި މައްސަލައަކީ އިސްތިއުނާފު ކުރުމަށް ވުމުން، މި މައްސަލަ ހައިކޯޓަށް ބަލައިނުގަނެވޭނެ ކަމަށް ބުނެ ދީބާޖާގެ ފަރާތުން އިޖުރާއީ ގޮތުން އިޢުތިރާސް ކޮށްފައިވެއެވެ. މި އިޢުތިރާޟާ ގުޅިގެން، ހައިކޯޓުގެ ޤަވާޢިދު 2011 ގެ 29 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު، "އަމިއްލަ ބާރު ނުފޯރާ" ކަންކަމުގެ ތެރޭގައި ވަކި ބާވަތަކަށް ނުވަތަ ވަކި ކަންތައްތަކަށް މަހުދޫދުކޮށްފައި ނެތުމުން، އިސްތިއުނާފުކުރުމަށް ހުށަނޭޅުނު ސަބަބަކީ "އަމިއްލަ ބާރު ނުފޯރާ" ކަމެއްގެ ގޮތުގައި ހައިކޯޓަށް ޤަބޫލުކުރެވޭނަމަ، އެ އިޚްތިޔާރު ހައިކޯޓަށް ބޭނުންކުރެވޭނެތީ، މައްސަލަ ހައިކޯޓުގައި ކުރިޔަށް ގެންދިޔުމަށް ހައިކޯޓުން ނިންމާފައިވެއެވެ.
10ސިވިލް ކޯޓުން ޙުކުމް ކޮށްފައި ވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށް ބުނެ، އެ ޙުކުމަކީ ބާޠިލު ޙުކުމެއް ކަމުގައި ހައިކޯޓުން ކަނޑައަޅާފައިވެއެވެ.
11ހައިކޯޓުން އެ ޙުކުމަށް ވާސިލުވެފައި ވަނީ އަންނަނިވި ކަންތައްތަކުގެ މައްޗަށް ބިނާކޮށެވެ.
11.1 ދަތުރުފަތުރުގެ ޚިދުމަތްތައް މެދުކެނޑިފައި ވަނީ ހަމައެކަނި ބ.ފުޅަދޫ އާއި ބ. ފެހެންދޫއާ ދެމެދު ނޫން ކަން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުމުން އެނގޭ ކަމާއި، ދަތުރުފަތުރުގެ ޚިދުމަތް ދިގު މުއްދަތަކަށް ބ. އަތޮޅުގެ ދެކުނުބިތުން މެދުކެނޑިފައިވާ ކަމާއި، އެކަމަކީ ތަކުރާރުވަމުން އަންނަ ކަމެއްކަން ވެސް އެނގެން އޮންނަ ކަމާއި، އުތުރު ޕްރޮވިންސްގައި އެ ކުންފުނިން އެއިރު ވެސް ދެމުން ދަނީ "ވަގުތީ ޚިދުމަތް" ކަން 25 މޭ 2013 ގައި ދީބާޖާ އިން ފޮނުވި ސިޓީން ސާފުކޮށް އެނގެން އޮންނަ ކަމާއި، އެގޮތުން ނ،ރ،ބ އަދި ޅ، މި ކޮންމެ އަތޮޅަކަށް އޮންނަނީ 1 (އެކެއް) ދޯނި ކަމަށް ބަޔާންކޮށްފައިވާއިރު، މި އަދަދަކީ އެއްބަސްވުމުގައި ބަޔާންކުރާ "އެސެންޝަލް ފެރީ" އޮޕަރޭޓް ކުރަންޖެހޭ މިންވަރަށްވުރެ ވެސް މަދު އަދަދެއްކަން އެނގޭކަމެވެ.
11.2 އެއްބަސްވުމުގެ ދަށުން "ވަގުތީ ޚިދުމަތް" ދޭންޖެހެނީ ފުރަތަމަ 03 (ތިނެއް) މަސްދުވަހުގައި ކަމާއި، އެއްބަސްވުމުގެ ދަށުން 26 މޭ 2013 ގައި "ވަގުތީ ޚިދުމަތް" ދޭން ފަށާ ކަމަށް ދިބާޖާ އިން ބަޔާންކުރުމަކީ ވެސް އެއްބަސްވުމުގައި އޮތް ކަމެއް ނޫންކަމެވެ.
11.3 ސިވިލް ކޯޓުގެ ނިންމުމުގައި ދެ ފަރާތުގެ ދެމެދުގައިވާ އެއްބަސްވުމަކީ ވިޔަފާރީގެ އުޞޫލުން ޚިދުމަތް ދިނުމާއި ޚިދުމަތް ލިބިގަތުމުގެ އެއްބަސްވުމެއް ކަމަށް ބަޔާންކޮށް، ޚިދުމަތްދޭ ފަރާތަށް ގެއްލުން ކުރިމަތި ނުވާނޭ ފަދައަކުން ކްރޮސް ސަބްސިޑީގެ ގޮތުގައި އެއްބަސްވުމުގެ ދަށުން ދިނުމަށް އެއްބަސްވެފައިވާ ތަންތަނުގެ ނަފާ ލިބިގަނެވޭނެ ގޮތް ހަދައިދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމު ކަމެއް ކަމުގައި ބަޔާންކޮށް ނިންމާފައިވުމަކީ، ދެ ފަރާތުގެ މެދުގައި އޮތް އެއްބަސްވުމަކީ ތިޖާރީ ނުވަތަ އިދާރީ އެއްބަސްވުމެއް ކަން ނުވަތަ ނޫންކަން ދެނެ ނުގަނެ ނިންމާފައިވާ ނިންމުމެއް ކަމުގައި ވާތީ، އެއީ ރަނގަޅު ނިންމުމެއް ނޫންކަމެވެ.
11.4 މި ދަޢުވާއަކީ އެއްބަސްވުން ބާޠިލުކުރުމުގެ ސަބަބުން ދީބާޖާ އަށް ލިބުނު ސީދާ މާލީ ގެއްލުމުގެ ބަދަލެއް ނަގައިދިނުމަށް އެދި ހުށަހަޅާފައިވާ ދަޢުވާއެއް ކަމުގައި ވާއިރު، އެ ގެއްލުންތަކުގެ ތަފުސީލު ޝަރީއަތަށް ސާބިތު ކުރުމަކާ ނުލައި، މުސްތަޤުބަލުގައި ލިބޭނެ މާލީ މަންފާ ލަފާކޮށް ނަގައިދީފައިވާ ބަދަލަކީ، އެއްބަސްވުމާ ޚިލާފުވެގެން ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ބަލަންޖެހޭ އަސާސީ ކަންތައްތަކަށް ބެލުމެއްނެތި، އަދި އެއްބަސްވުމާ ޚިލާފުވިކަން ސާބިތުކުރުމަކާނުލައި އަޞްލު ދަޢުވާގައި ބަޔާންނުކުރާ ގެއްލުމުގެ ބަދަލެއް ލިބިދިނުންކަމެވެ.
12އިސްތިއުނާފު މުއްދަތު ފަހަނައަޅައި ދިޔަ ފަހުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު 2011 ގެ 29 ވަނަ މާއްދާގެ (ނ) އާއި (ރ) އާ ޚިލާފަށް އެ ކޯޓުގެ ނަންބަރު 2015/HC-A/271 ޤަޟިއްޔާ ބަލައިގަނެ، ހައިކޯޓުން ޙުކުމް ކޮށްފައިވާ ކަމަށާއި، ހައިކޯޓުގެ ޤަވާއިދު 2011 ގެ ވަނަ މާއްދާއިން ކަނޑައަޅާފައިވާ އިޖުރާއަތު ފުރިހަމަނުކޮށް "އަމިއްލަ ބާރު ނުފޯރާ ކަންކަން" މާނަކޮށް އެ ޤަޟިއްޔާ ހައިކޯޓުން ނިންމާފައިވުމުން، އެއީ ޤާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް ބުނެ، ދީބާޖާގެ ފަރާތުން ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަސިއްޔާ ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/46 ޤަސިއްޔާ
13ދީބާޖާގެ ފަރާތުން ކުރި އިސްތިއުނާފު ބަލާފައި ވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/46 ޤަސިއްޔާއިންނެވެ.
14އިސްތިއުނާފު ކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި، ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަސިއްޔާ އިސްތިއުނާފު ކުރުމަށް ހުށަހެޅިފައި ނުވަނީ އަމިއްލަ ބާރު ނުފޯރާ ސަބަބުތަކެއް ދިމާވެގެން ކަމަށް ބުނެ ދައުލަތުން ހުށަހެޅި ސަބަބުތަކަށް ރިޢާޔަތްކޮށް، އެ ސަބަބުތަކަކީ މައްސަލައެއް އިސްތިއުނާފު ކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އިސްތިއުނާފު ނުކުރުމަށް އޮތް މަޤުބޫލު އުޒުރުތަކެއް ނޫން ކަމަށް ކަނޑައަޅައި، އިސްތިއުނާފު ކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އިސްތިއުނާފު ނުކުރުމުން، ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަސިއްޔާއިން ކުރި ޙުކުމަކީ އެއަށް ޤަޟާއީ ހުއްޖިއްޔަތު ލިބި، ކަނޑައެޅި ނިޔާގެ ބާރު ލިބިގެންވާ ނިހާއީ ޙުކުމެއް ކަން އެނގެން އޮތް ކަމާއި، އެހެންކަމުން، އިސްތިއުނާފު ކުރުމަށް ޤާނޫނީ ގޮތުން ކަނޑައެޅިފައިވާ މުއްދަތު ފާއިތުވެދިޔަ ފަހުން، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމުން ހައިކޯޓުން ބަލައިގަނެ، އެ ޤަޟިއްޔާގައި މައުޟޫއީ ގޮތުން ފައިޞަލާކޮށްފައި ވަނީ އިސްތިޤުރާރު ވެފައިވާ އިޖުރާއީ އުޞޫލުތަކާއި ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކަމަށް ނުވާތީ، ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަޟިއްޔާއިން ކުރި ޙުކުމް ބާޠިލުކޮށް، މި ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ޙުކުމް ކޮށްފައިވެއެވެ.
15ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/46 ޤަޟިއްޔާއިން ކުރި ޙުކުމް ރިވިއު ކޮށްދިނުމަށް އެދި ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.
ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/35 ޤަޟިއްޔާ
16ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/46 ޤަޟިއްޔާއިން ކުރި ޙުކުމް ރިވިއު ކޮށްދިނުމަށް އެދި ދައުލަތުގެ ފަރާތުން ހުށަހެޅުމުން، އެ މައްސަލަ ބަލާފައި ވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/35 ޤަޟިއްޔާއިންނެވެ.
17ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/46 ޤަޟިއްޔާއިން ކުރި ޙުކުމް ރިވިއުކޮށް ބެލިއިރު، އެ ނިންމުން ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކަމުގައި ބެލެން ނެތުމުން، އެ ނިންމުން ބާޠިލުކޮށް، މައްސަލައާ ގުޅުންހުރި ފަރާތަކުން ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު އެ ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ލިބިދީފައިވެއެވެ.
18ސުޕްރީމް ކޯޓުން މި ޙުކުމަށް ވާޞިލުވެފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްގެން ކަން، އެ މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެއެވެ.
18.1 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަކީ ކަމުގެ މަޞްލަޙަތު އޮތް ފަރާތްތަކަށް ލިބިގެންވާ އަސާސީ ޙައްޤަކާއި ގުޅިންހުރި ޤާނޫނީ ލިޔުމެއް ކަމާއި، މައްސަލައިގެ ޙުކުމްކޮށް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބިފައިނުވާ ޙާލަތުގައި، ޙުކުމުގެ އިބާރާތް ނުވަތަ ޚުލާސާ ރިޕޯޓުގެ މައްޗަށް ބިނާކޮށް އިސްތިއުނާފު ކުރުމުގައި އުނދަގޫތަކެއް ހުރުމުގެ އިތުރުން، އެކަމުގައި ޤާނޫނީ ހުރަސްތަކެއް ވެސް ހުންނާނެތީ އާއި، ނިމުނުގޮތުގެ ރިޕޯޓު ލިބި، އޭގައި ފާހަގަކޮށްފައިވާ ޙުކުމް ބިނާކުރި ސަބަބުތައް އެނގުމަކާ ނުލައި، އެކަށީގެންވާ ގޮތެއްގައި އެ ޙުކުމެއް ނުވަތަ ޙުކުމަށް ވާޞިލުވީ ސަބަބެއް އިސްތިއުނާފު ކުރުމަކީ މުސްތަޙީލު ކަމެއް ކަމުގައި ވާތީ، މި ސަބަބަށްޓަކައި، މައްސަލައެއްގެ ޙުކުމްކޮށް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބިފައިނުވެ، އިސްތިއުނާފު މުއްދަތު ފާއިތުވާ ފަހުން ރިޕޯޓު ލިބޭ ޙާލަތެއްގައި އިސްތިއުނާފު މުއްދަތު ގުނަންވާނީ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ދޫކުރުމުން ކަމުގައިވުމެވެ.
18.2. އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތުގައި މައްސަލަ އިސްތިއުނާފުކުރަން ހުށަނޭޅުނު ސަބަބަކީ ހައިކޯޓަށް ގަބޫލުކުރެވޭ ސަބަބެއް ކަމުގައި ވާނަމަ، އިސްތިއުނާފު މުއްދަތު ހަމަވުމުގެ ފަހުން އެފަދަ މައްސަލަ ބަލައިގަތުމުގެ އިޚްތިޔާރު އެ ކޯޓަށް ލިބިގެންވާ ކަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 42 ވަނަ މާއްދާގެ (ރ) ގެ ނައްސުން ސާފުކޮށް އެނގެން އޮތުމުން، އިސްތިއުނާފު މުއްދަތު ހަމަވުމަކީ އެއްވެސް އިސްތިސްނާއެއް ނެތި، އޮޓޮމެޓިކުން، ދަށު ކޯޓުގެ ޙުކުމަކަށް ޤަޟާއީ ޙުއްޖިއްޔަތާއި ކަނޑައެޅި ނިޔާގެ ބާރު ލިބޭ ޙާލަތެއްކަމުގައި ނުބެލެވުމެވެ.
18.3. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގައި އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބެއް އޮތްކަން ނުވަތަ ނޫންކަން އެ ޤާނޫނުގެ 42 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުން ކަނޑައެޅޭނީ އެކަން ހައިކޯޓަށް ސާބިތުވުމުން ކަމަށް ވުމުން، އިސްތިއުނާފު ކުރުން ލަސްވި ސަބަބު ބަޔާންކުރުމުން އެ ސަބަބަށް ނުވަތަ ސަބަބުތަކަކަށް ދޭނެ ބުރަދަން ކަނޑައަޅާނީ ހައިކޯޓުން ކަމާއި، މަޤުބޫލު ސަބަބުތަކަކީ ކޮބައިކަން ޤާނޫނުން މަޙްދޫދުކޮށްފައި ނުވަނީ، ކޮންމެ ޙާލަތަކީ ވާނެކަން ނުވަތަ ވެދާނެ ކަމެއްކަން ލިޔުމަށް ތިރިކުރެވޭނެ ކަންކަން ކަމުގައި ނުވުމެވެ.
18.4. ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ލިބުން ލަސްވުމުގެ ސަބަބުން އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތު ލިބިފައި ނެތުމަކީ އިސްތިއުނާފު ކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ހުށަނޭޅިދާނެ މަޤުބޫލު ސަބަބެއް ކަމުގައިވުމެވެ.
18.5. ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ދޫކުރުން ޤާނޫނުގައި ބުނާ މުއްދަތުގައި ދޫނުކޮށް އެތަކެއް ގުނައެއް ލަސްވެފައި ވީނަމަވެސް، އިސްތިއުނާފު ކުރުމަށް ޤާނޫނުން ކަނޑައަޅާފައިވާ މުއްދަތު ހަމަވެފައިވާ ކަމުގައި ބުނެ، އިސްތިއުނާފަށް ހުށަހަޅާފައިވާ މައްސަލަ ބަލައި ނުގަތުމަކީ އިންސާފުގެ ހަމައިން އަދި ބުއްދީގެ ހަމައިން ބަލާއިރު ވެސް ދެކޮޅުޖެހޭ ކަމެއް ކަމުގައި ނުވުމުގެ އިތުރުން، އިސްތިއުނާފު ކުރުމުގެ ޙައްޤަށް ނޭދެވޭ އަސަރުކުރާ ކަމެއް ކަމުގައިވުމެވެ.
19މި މުރާޖަޢާ ޤަޞިއްޔާއިން ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/46 ޤަޟިއްޔާ ބާޠިލުކުރުމުން، ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަޞިއްޔާގެ ބާރު އިޢާދަވެގެންދާނެތީ އާއި، ހައިކޯޓުން އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ 2018 ގައި ކަމުގައި ވުމުން، އެއަށްފަހު އަހަރުތަކެއް ފާއިތުވެފައި ވާތީ، އަދި ހައިކޯޓުގެ ނިންމަށް ރުޖޫޢަވާ ޙާލަތުގައި އެ ނިންމުން އިސްތިއުނާފު ކުރުމުގެ ފުރުޞަތު ލިބިދިނުމަކީ އެންމެ ޢަދުލުވެރި ގޮތްކަމުގައި ބުރަވެވޭތީ، މައްސަލައާ ގުޅުންހުރި ފަރާތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަޞިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ޙައްޤު ލިބިގެންވާ ކަމަށް މި ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެއެވެ.
20މިހާރު ސުޕްރީމް ކޯޓުން ބަލަމުން މިދާ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/49 ޤަޟިއްޔާއަކީ، ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަޟިއްޔާ ދެވަނަ ފަހަރަށް ދީބާޖާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބެލެވޭ ޤަޟިއްޔާއެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތައް
21އިސްތިއުނާފުކުރާ ފަރާތުން އިސްވެ ބަޔާންވެދިޔަ ހައިކޯޓުގެ ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ހުށަހަޅާފައި ވަނީ ޖުމްލަ 7 (ހަތެއް) ނުކުތާއެވެ. އެ ނުކުތާތައް ތިރީގައި އެ ވަނީ އެވެ.
21.1 ފުރަތަމަ ނުކުތާއަކީ: ހައިކޯޓުގެ ޙުކުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 42 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި، އެ މާއްދާގެ (ރ) އާއި (ބ) އާއި، ހައިކޯޓުގެ ޤަވާއިދުގެ 29 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި، އެ މާއްދާގެ
(ނ) އަދި (ރ) އާ ޚިލާފަށް ބަލައިގަނެ ހިންގާފައިވާ މައްސަލައެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
21.2 ދެވަނަ ނުކުތާއަކީ: ހައިކޯޓަށް އިސްތިއުނާފު ކުރުމަށް ޤާނޫނުގައި ކަނޑައަޅާފައި އޮންނަ މުއްދަތު ފަހަނައަޅައި ދިޔުމަށްފަހު ހުށަހަޅާ އިސްތިއުނާފުތައް ބަލައިގަތުމާގުޅޭ އިޖުރާއަތުގެ ނުކުތާއަކީ ހައިކޯޓުގެ ޙުކުމަށް ސީދާ އަސަރުކުރާނެ ނުކުތާއެއް ކަމަށް ވެފައި، ހައިކޯޓުގައި އެ ނުކުތާ ފާހަގަކުރުމުން ވެސް، ދަށު ކޯޓުގެ ޙުކުމް ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅުމަށް އޮންނަ މުއްދަތު ފަހަނައަޅައި ގޮސްފައިވަނީ ދައުލަތުގެ "އަމިއްލަ ބާރު ނުފޯރާފަދަ" ކަމެއް ވެގެން ކަން ނުވަތަ ނޫންކަން ހައިކޯޓުގެ ރިޕޯޓުގެ އެއްވެސް ތަނެއްގައި ކަނޑައަޅާފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
21.3 ތިންވަނަ ނުކުތާއަކީ: އިސްތިއުނާފުކުރުމުގެ މުއްދަތުތަކާ ގުޅޭ ގޮތުން ޢަދުލު އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ދައުލަތުން ހިފާފައިވާއިރު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކަން މަނާކުރުމަށްޓަކައި، އެފަދަ އިންސާފެއް ބަލައިނުގަނެ ދޫކޮށްލަންޖެހޭ ޙާލަތެއް ވުޖޫދުގައި ވަނިކޮށް، އެފަދައިން ހުށަހަޅާފައިވާ އިސްތިއުނާފެއް ބަލައިގަނެގެން ކުރިއަށް ގެންގޮސް ހައިކޯޓުން ޙުކުމް ކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
21.4 ހަތަރުވަނަ ނުކުތާއަކީ: އެއްބަސްވުމުގައި ކޮންމެ ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ކުރާ މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްޓަކައި ދައުލަތުން ބޭނުންވާ ވަގުތަކު ބޭނުންވާ މިންވަރެއްގެ ބަދަލުތައް ގެނެސް، އިންފިރާދީ ގޮތެއްގައި އެއްބަސްވުން އުވާލުންފަދަ ކަންކަން ކުރުމުގެ ބާރާއި އިޚްތިޔާރުތައް ދީފައިވާ ޤާނޫނެއް ދިވެހިރާއްޖޭގައި ނެތްއިރު، އެއްބަސްވުމަކީ އިދާރީ އެއްބަސްވުމެއްކަމަށް ހައިކޯޓުން ބަލާފައިވަނީ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ޤަޟިއްޔާއެއްގައި ޤާއިމުކޮށްފައިވާ ހަމައާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
21.5 ފަސްވަނަ ނުކުތާއަކީ: އެއްބަސްވުމުގެ 6.32.1 ވަނަ މާއްދާގެ (d) ގައި ބުނާފަދަ ޙާލަތެއް، އެ މާއްދާގައި ބުނާގޮތަށް ވާޤިޢުވެފައި ނުވަނީސް، އެ މާއްދާގައި ބުނާފަދަ ޙާލަތެއް ވާޤިޢުވެފައިވާ ކަމަށް ހައިކޯޓުން ބަލާފައިވަނީ، ފާއިތުވެ ގޮސްފައިވާ ތަނުގައި ދައުލަތުން ދީފައިވާ ލުއިތައް ހިމަނައިގެން، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. 7 ޤާނޫނު ނަންބަރު 22/2010 8 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/07 9 ޤާނޫނު ނަންބަރު: 4/91
21.6 ހަވަނަ ނުކުތާއަކީ: ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގައި ދީބާޖާއަށް ލިބުނު ސީދާ މާލީ ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދިފައިވާތީ، އެ ލަފުޒުގައި ހިފައިގެން، އެއީ ހިނގި ޚަރަދު ނަގައި ދިނުމުގެ ބަދަލު (reliance damages) ކަމުގައި ބަލައި، އެކަން ސާބިތުކުރުމަށް އެއްވެސް ލިޔުމެއް ހުށަހަޅާފައި ނުވާ ކަމަށް ހައިކޯޓުން ނިންމާފައި ވަނީ، ގެއްލުމުގެ ބަދަލަށް ނަން ދިނުމުގައި ހުންނަ ފަރަޤުތަކަށް ރިޢާޔަތްކުރުމެއް ނެތި، އަދި އެކްސްޕެކްޓޭޝަން ޑެމޭޖަސްގެ ތެރޭގައި އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބޭ ސީދާ ގެއްލުމަށް ލިބޭ ބަދަލު (general damages) ވެސް ހިމެނޭ ހިނދު، އެކަމުގެ މައްޗަށް ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
21.7 ހަތްވަނަ ނުކުތާއަކީ: "ވެއިޓެޑް އެވަރެޖް ކޮސްޓް އޮފް ކެޕިޓަލް" ގެ މިންގަނޑުގެ ދަށުން އިންޓަރނޭޝަނަލް އޮޑިޓް ފަރމަކުން ހަދާފައިވާ ހިސާބުތަކަކީ އެއްބަސްވުމަށް ޢަމަލުކުރިނަމަ، ދީބާޖާ ހުންނާނެ ޙާލަތަށް ގެންދިޔުމުގެ ގޮތުން ނަގައިދިނުމަށް އެދިފައިވާ ގެއްލުމުގެ ބަދަލު (expectation damages) ވަޒަންކުރުމުގައި ދަށު ކޯޓުން ބަރޯސާވެވިދާނެ އިތުބާރުހުރި ހިސާބުތަކެއް ކަމަށް ވާއިރު، އެކަމަށް ހައިކޯޓުން ރިޢާޔަތްކޮށްފައިނުވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އިސްތިއުނާފީ ފުރަތަމަ ތިން ނުކުތާ
22އިސްތިއުނާފީ ފުރަތަމަ ތިން ނުކުތާގައި ދީބާޖާގެ ފަރާތުން ޖުމްލަގޮތެއްގައި ފާހަގަކޮށްފައިވަނީ، ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަޝިއްޔާއިން ބަލާފައިވާ ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާ، ހައިކޯޓަށް ބަލައިގެންފައި ވަނީ އިސްތިއުނާފުގެ މުއްދަތު ހަމަވުމަށް ފަހުގައި ކަމަށާއި، އެ މުއްދަތުގައި އިސްތިއުނާފަށް ހުށަހެޅުމަށް ހުރަސްއެޅުނު، އަމިއްލަ ބާރު ނުފޯރާފަދަ މަޤްބޫލު ސަބަބެއް ދައުލަތުން ހުށަހަޅާފައި ނުވާކަމަށާއި، މިގޮތުން ޤަސިއްޔާ ބަލައިގެންފައި ވަނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި ހައިކޯޓުގެ ޤަވާޢިދުގެ ކަމާބެހޭ މާއްދާތަކާއި ޚިލާފަށް ކަމުގައެވެ.
23HN1މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
23.1 ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަސިއްޔާ 26 ޖޫން 2018 ގައި ނިމުމުން، 19 ސެޕްޓެމްބަރ 2018 އެ މައްސަލަ ދީބާޖާއިން ސުޕްރީމް ކޯޓަށް ފުރަތަމަ ފަހަރަށް އިސްތިއުނާފަށް ހުށަހެޅުމުން، ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/46 ޤަޟިއްޔާއިން އެ މައްސަލަ ބަލާފައިވާކަމެވެ.
23.2 ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/46 ޤަސިއްޔާއިން ބެލި މައްސަލައިގައި ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަޟިއްޔާ ބާޠިލުކޮށްފައިވާކަމެވެ.
23.3 ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/46 ޤަސިއްޔާގެ ނިންމުން ބިނާވެފައިވަނީ މި މައްސަލައިގެ އިސްތިއުނާފީ ނުކުތާތަކުގެ ތެރެއިން ފުރަތަމަ ތިން ނުކުތާގައި އެ ބުނާ ކަންކަމުގެ މައްޗަށް ކަމާއި، އެ ޤަޟިއްޔާގައި ހައިކޯޓުގެ ނިންމުން ބާޠިލުކޮށްފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަސިއްޔާ، ހައިކޯޓަށް ބަލައިގެންފައި ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި ހައިކޯޓުގެ ޤަވާޢިދުގެ ކަމާބެހޭ މާއްދާތަކާއި ޚިލާފަށް ކަމަށް ކަނޑައަޅައި ކަމާއި، މައްސަލައިގެ މައުޟޫޢަށް އެއްވެސް ބަހެއް ބުނެފައި ނުވާކަމެވެ.
23.4 ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/46 ޤަސިއްޔާގެ ނިންމުން މުރާޖަޢާ ކޮށްދިނުމަށް އެދި 2 މާރޗް 2020 ގައި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/35 ޤަސިއްޔާއިން އެ މައްސަލަ ބަލައި، އެ ޤަޟިއްޔާއިން ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/46 ޤަސިއްޔާގެ ނިންމުން ބާޠިލުކޮށް، ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަސިއްޔާގެ ނިންމުން ސުޕްރީމް ކޯޓަށް ދެވަނަ ފަހަރަށް އިސްތިއުނާފު ކުރުމުގެ ފުރުސަތު ދީބާޖައަށް ލިބިދީފައިވާކަމެވެ.
23.5 ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/46 ޤަސިއްޔާގެ ނިންމުން ބިނާވެފައިވަނީ މި މައްސަލައިގެ އިސްތިއުނާފީ ނުކުތާތަކުގެ ތެރެއިން ފުރަތަމަ ތިން ނުކުތާގައި އެ ބުނާ ކަންކަމުގެ މައްޗަށް ކަމަށްވެފައި، އެ ނިންމުން ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/35 ޤަޟިއްޔާއިން ބާޠިލު ކޮށްފައިވާއިރު، މި މައްސަލައިގެ އިސްތިއުނާފީ ނުކުތާތަކުގެ ތެރެއިން ފުރަތަމަ ތިން ނުކުތާގައި އެ ބުނާ ކަންކަމަކީ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/35 ޤަސިއްޔާއިން ގޮތެއް ކަނޑައެޅިފައިވާ ކަންކަން ކަމާއި، އެ ޤަޟިއްޔާއިން ކަނޑައެޅުނު ޙުކުމުގެ ބާރު ދެމިއޮތްހާ ހިނދަކު، އެއާ ޚިލާފަށް ކަމެއް ނުނިންމޭނެކަމެވެ.
23.6 މި މައްސަލައިގެ އިސްތިއުނާފީ ނުކުތާތަކުގެ ތެރެއިން ފުރަތަމަ ތިން ނުކުތާގައި އެ ބުނާ ކަންކަމަކީ ސުޕްރީމް ކޯޓުގެ ނިހާއީ ނިންމުމެއް އޮތް ކަންތައްތަކެއް ކަމަށްވެފައި، އެ ނިންމުން މުރާޖަޢާ ކުރުން ނޫން ގޮތަކަށް އަލުން އެ ކަންތައްތަކާމެދު ގޮތެއް ނިންމައި ދިނުމަށް މި މައްސަލައިގައި ދީބާޖާގެ ފަރާތުން އެދިފައިވާއިރު، އެ ކަންކަމާމެދު ސުޕްރީމް ކޯޓުން އަލުން ގޮތެއް ނިންމުމަކީ ކުރެވޭނެ ކަމެއް ނޫންކަމާއި، ރެސް ޖުޑިކާޓާގެ މަބްދައު ބިނާވެފައިވާ މައިގަނޑު ތިން އުޞޫލުގެ ތެރެއިން އިޝޫ އެސްޓޮޕަލްގެ އުޞޫލު މިކަމަށް ތަޠުބީޤު ކުރެވޭނެކަމެވެ.
24މިގޮތުން، ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަސިއްޔާ ސުޕްރީމް ކޯޓުގައި އަލުން އިސްތިއުނާފު ކުރުމަށް، ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/35 ނިންމު ނިންމުމުން ދީބާޖާއަށް ލިބިދިން ފުރުސަތަކީ، އެ ޤަޟިއްޔާގެ ފުރަތަމަ އިސްތިއުނާފީ މައްސަލަ ކަމުގައިވާ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/46 ޤަސިއްޔާއިން ނިންމާފައިވާ ނިންމުން ބިނާވެފައިވާ އިޖުރާއީ ކަންކަމުގެ ބޭރުން، ހައިކޯޓުގެ އެ ޤަޟިއްޔާގެ މައުޟޫޢީ ނިންމުން އިސްތިއުނާފު ކުރުމަށް ދިން ފުރުސަތެއް ކަމަށް ބަލަންޖެހޭ ކަމާއި، މިހެން މިކަން މިގޮތަށް އޮތުމުން، މި މައްސަލައިގައި ދީބާޖާގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ފުރަތަމަ ތިން ނުކުތާގައި ބުނާ ކަންކަމަކީ ސުޕްރީމް ކޯޓުން އަލުން ގޮތެއް ނިންމޭނެ ކަންތައްތަކެއް ނޫންކަން ފާހަގަކުރެވެއެވެ.
އިސްތިއުނާފީ ހަތަރުވަނަ ނުކުތާ
25އިސްތިއުނާފީ ހަތަރުވަނަ ނުކުތާގައި ދީބާޖާގެ ފަރާތުން ބުނެފައިވަނީ، އެއްބަސްވުމުގައި ކޮންމެ ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ކުރާ މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްޓަކައި ދައުލަތުން ބޭނުންވާ ވަގުތަކު ބޭނުންވާ މިންވަރެއްގެ ބަދަލުތައް ގެނެސް، އިންފިރާދީ ގޮތެއްގައި އެއްބަސްވުން އުވާލުންފަދަ ކަންކަންކުރުމުގެ ބާރާއި އިޚްތިޔާރުތައް ދީފައިވާ ޤާނޫނެއް ދިވެހިރާއްޖޭގައި ނެތްއިރު، ވިޔަފާރީގެ އެއްބަސްވުންތަކާއި، އިދާރީ އެއްބަސްވުންތައް ވަކިކުރުމާގުޅޭ ގޮތުން ސުޕްރީމް ކޯޓުން މީގެކުރިން ނިންމާފައިވާ ޤަސިއްޔާއަކާއި ޙަވާލާދީ، އެއްބަސްވުމަކީ އިދާރީ އެއްބަސްވުމެއްކަމަށް ހައިކޯޓުން ބަލާފައިވަނީ އެ ޤަޟިއްޔާގައި ޤާއިމުކޮށްފައިވާ ހަމަތަކާ ޚިލާފަށް ކަމަށެވެ.
26މި އެއްބަސްވުމަކީ އިދާރީ ޠަބީޢަތުގެ އެއްބަސްވުމެއް ކަމަށްވެފައި، ދައުލަތަށް ލިބިދޭ ޚާއްޞަ އިމްތިޔާޒުތަކެއް ބޭނުން ކޮށްގެން އެއްބަސްވުން ދައުލަތުން ބާޠިލު ކޮށްފައިވާ ކަމަށް ދޭހަވާ ގޮތަށް މި ނުކުތާގައި ދީބާޖާގެ ފަރާތުން ވާހަކަ ދައްކާފައިވާއިރު، ދައުލަތުން އެއްބަސްވުން ބާޠިލުކޮށްފައިވަނީ، ދީބާޖާއިން އެއްބަސްވުމާ ޚިލާފުވެގެން އެއްބަސްވުމުގެ ވަކި މާއްދާއަކާ ޙަވާލާދީކަން ތިން މަރުޙަލާގައި ވެސް ދެފަރާތުން ދައްކާފައިވާ ވާހަކަތަކުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން ސާފުކޮށް އެނގެން އޮތްކަން ފާހަގަކުރެވެއެވެ. މިކަން އޮތީ މިގޮތަށް ކަމަށް ދީބާޖާގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވެސް ބުނެފައިވެއެވެ. މިގޮތުން ދައުލަތަށް ލިބިދޭ އިމްތިޔާޒުތަކެއް ބޭނުން ކޮށްގެން ދައުލަތުން އެއްބަސްވުން ބާޠިލު ކުރިކަމަށް މިބުނާ ވާހަކައަކީ މި މައްސަލައިގެ މައުޟޫޢު އިން ބޭރުގެ ކަމަކަށްވާތީ، މި ނުކުތާ ބަލައި ނުގަނެވޭނެ ކަމަށް އަހުރެން ދެކެމެވެ.
އިސްތިއުނާފީ ފަސްވަނަ ނުކުތާ
27އިސްތިއުނާފީ ފަސްވަނަ ނުކުތާގައި ދީބާޖާގެ ފަރާތުން ބުނެފައިވަނީ، އެއްބަސްވުމުގެ 6.32.1 ވަނަ މާއްދާގެ (d) ގައި ބުނާފަދަ ޙާލަތެއް، އެ މާއްދާގައި ބުނާގޮތަށް ވާޤިޢުވެފައި ނުވަނީސް، އެ މާއްދާގައި ބުނާފަދަ ޙާލަތެއް ވާޤިޢުވެފައިވާ ކަމަށް ހައިކޯޓުން ބަލާފައިވަނީ، ފާއިތުވެ ގޮސްފައިވާ ތަނުގައި ދައުލަތުން ދީފައިވާ ލުއިތައް ހިމަނައިގެން، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. މި ނުކުތާގެ ތަފްސީލު ހުށަހަޅަމުން ދީބާޖާއިން ފާހަގަކޮށްފައިވަނީ 30 މެއި 2013 ގައި އެއްބަސްވުން ބާޠިލުކުރިއިރު، އެއްބަސްވުމުގެ 6.32.1 ވަނަ މާއްދާގެ (d) ގައި ބުނާ ގޮތަށް ވިދިވިގެން 5 (ފަހެއް) ދުވަހު ޚިދުމަތް މެދުކެނޑިފައި ވާކަމަށް ފާހަގަކޮށްފައި ނުވާކަމާއި، މި މާއްދާގެ ދަށުން އެއްބަސްވުން ބާތިލުކުރާއިރު އިތުރު ފުރުސަތެއް ދޭންނުޖެހޭކަމާއި، ބަހުސްގެ ބޭނުމަށްޓަކައި ޚިދުމަތް މެދު ކެނޑިފައި އޮތްކަމުގައި ވިޔަސް، 16 މެއި 2013 ގައި ޚިދުމަތް ފެށުމަށްޓަކައި ދައުލަތުން ދީބާޖާއަށް ފުރުސަތެއްދެވި، ޚިދުމަތް ފަށައި އަދި ފަހުން 28 މެއި 2013 ގައި ބ.ފުޅަދޫ އާއި ފެހެންދޫއަށް ޚިދުމަތް ލިބިފައިނުވާތީވެ، އެ ދެ ރަށަށް ޚިދުމަތް ފޯރުކޮށްދިނުމަށް ދައުލަތުން އެދިފައިވާތީ، ދައުލަތުން ކުރިން ދީފައިވާ ލުއިތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ދެކޭ ކަމަށެވެ.
28ވުމާއެކު، އެއްބަސްވުން ބާޠިލު ކުރުމުގައި ކަން ހިނގާފައިވާ ގޮތާއި އެކަންކަމުގެ މައްޗަށް ބަލައި އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި އަންނަނިވި ކަންކަމުގެ މައްޗަށް ތަފްސީލުކޮށް ބަލާލާނަމެވެ.
28.1 އެއްބަސްވުމަށް ޢަމަލުކުރަން ފެށުން
28.2 ދައުލަތުން އަދާކުރާންޖެހޭ އިލްތިޒާމްތައް އަދާކޮށްފައި ނުވާ ކަމަށް ބުނެފައިވުން
28.3 ދަތުރުފަތުރުގެ ޚިދުމަތް މެދުކެނޑުން
28.4 އެއްބަސްވުން ބާޠިލުކުރުމުގެ އިޚްތިޔާރު ދައުލަތަށް ލިބިދީފައިވުން
28.5 ދައުލަތުން އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމާއި އެއްގޮތަށްތޯ ނުވަތަ ނޫންތޯ ކަނޑައެޅުން އެއްބަސްވުމަށް ޢަމަލުކުރަން ފެށުން
2921 ނޮވެމްބަރު 2008 ގައި އެކުލަވާލެވުނު "ސަސްޓެއިނަބަލް އިންޓަރގްރޭޓެޑް ޕަބްލިކް ޓްރާންސްޕޯޓް ނެޓްވޯކް ފޯރާ މޯލްޑިވްސް" ކޮންސެޕްޓާއި އެއްގޮތަށް، 16 އެޕްރީލް 2009 ގައި "އިންޓަރގްރޭޓެޑް ޕަބްލިކް ޓްރާންސްޕޯޓޭޝަން ނެޓްވޯކް ޕްރޮޖެކްޓް" ދައުލަތުން ހުޅުވާލާފައިވެއެވެ. އަދި 29 ސެޕްޓެމްބަރ 2009 ގައި ރިކްއެސްޓް ފޯރާ ޕްރޮޕޯސަލް "އާރު.އެފް.ޕީ" އަށް ދައުލަތުން އެދިފައިވެއެވެ. އެއީ "ރިކްއެސްޓް ފޯރާ ޕްރޮޕޯސަލް ފޯރާ ފައިނޭންސް، ޑިޒައިން، ބިލްޑް، މެނޭޖް، އޮޕަރޭޓް، މެއިންޓެއިން، ރިޕެއަރ އެންޑް އަޕްގްރޭޑް އޮފް އިންޓަރގްރޭޓެޑް ޕަބްލިކް ނެޓްވޯކް ފޯރާ މޯލްޑިވްސް" އެވެ. "ޕަބްލިކް ޓްރާންސްޕޯޓް ނެޓްވޯކް އޮފް ނޯތް ޕްރޮވިންސް" ގެ ޚިދުމަތް ދިނުމަށް ސަރުކާރާއެކު ސޮއިކޮށްފައިވަނީ ދީބާޖާ އިންނެވެ. "ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް" އަކީ "ރިޒޮނެންސް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް" އާއި "ސުވެނިއަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް" އިން ހަމަހަމައަށް ހިއްސާވާ ގޮތަށް ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެކެވެ. ދެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށް މަސައްކަތް ފަށައިގެން ކުރިއަށް ދިޔަގޮތަށް ބަލާއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
29.1 01 ފެބްރުއަރީ 2010 ގައި ދައުލަތާއި ދީބާޖާ އާއި ދެމެދު އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ އެއްބަސްވުމުގައި ސޮއިކޮށް، އެއްބަސްވުން ވުޖޫދަށް ގެނެވުނުކަމެވެ.
29.2 އެއްބަސްވުމުގެ ދަށުން ޓާމިނަލް ހެދުމަށް ދައުލަތުން ދޭންޖެހޭ ބިންތަކުގެ ތެރެއިން 17 ބިމެއް، 30 ޖޫން 2010 ގައި ޙަވާލުކޮށް، އެ ބިންތަކުގެ ރަޖިސްޓްރީ ވެސް ޙަވާލު ކޮށްފައިވާކަމެވެ.
29.3 އެއްބަސްވުމުގެ ދަށުން ޓާމިނަލް ހެދުމަށް ދައުލަތުން ދޭންޖެހޭ ބިންތަކުގެ ތެރެއިން އިތުރު 09 ބިމެއް، 18 ޖެނުއަރީ 2011 ގައި ޙަވާލުކޮށް، އެ ބިންތަކުގެ ރަޖިސްޓްރީ ވެސް ޙަވާލު ކޮށްފައިވާކަމެވެ.
29.4 މި މަޝްރޫޢު ހިންގުމުގައި އެހީތެރިވެ ދިނުމުގެ ގޮތުން، ދީބާޖާ އާއި ދައުލަތް ހިމެނޭގޮތުން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުނި ކަމުގައިވާ "ދީބާޖާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އަށް ރިސޯޓް ތަރައްޤީ ކުރުމަށްޓަކައި ރ.ކުޑަކުރަތު ދޫކޮށް، 01 ޖޫން 2011 ގައި އެ ރަށުގެ ލީސް އެގްރީމެންޓްގައި ސޮއި ކުރެވުނު ކަމާއި، ހަމަ އެ ތާރީޚުގައި އެ ރަށް އަހަރަކު 1.5 މިލިއަން ޑޮލަރަށް ސަބްލީސް ކޮށްފައިވާކަމެވެ.
29.5 ޓޫރިސްޓް ރިސޯޓްތަކުގެ ބިމު ކުއްޔާއި ދުނިޔޭގެ ބާޒާރުގެ ތެލުގެ އަގާއި ތަކެތީގެ އަގަށް އައި ބަދަލުތަކާއި، މަޝްރޫޢުގެ ފައިނޭންޝަލް ޕްރޮޖެކްޝަން ބަދަލުވެފައިވާނެ ކަމަށް ދައުލަތުން ދެކިގެން، ފެރީ ދަތުރުތައް ކުރުމަށް އަހަރަކު ޚަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ޢަދަދު، އެ ޢަދަދު ހިސާބުކުރި ގޮތުގެ ތަފްސީލާއެކު ހުށަހެޅުމަށް 05 ޖޫން 2012 ގައި ދައުލަތުން ދީބާޖާއަށް އެންގި ކަމާއި، 12 ޖޫން 2012 ގައި ދީބާޖާއިން އެ ހިސާބުތައް ހުށަހެޅިކަމެވެ. ދައުލަތުން އަދާކުރަންޖެހޭ އިލްތިޒާމްތަކެއް އަދާކޮށްފައި ނުވާ ކަމަށް ބުނެފައިވުން
30ސަރުކާރުން "ކްރޮސް ސަބްސިޑީ" ގެ ގޮތުގައި ދީބާޖާއާ ޙަވާލު ކުރަންޖެހޭ 47 (ސާޅީސް ހަތެއް) ބިން ޙަވާލު ނުކުރާ ކަމަށް ދީބާޖާއިން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ. ބުނެވިދިޔަ 47 (ސާޅީސް ހަތެއް) ބިން ޙަވާލުކޮށް ނިންމާފައި ނުވުމަކީ ދައުލަތުން އެއްބަސްވުމާއި ޚިލާފުވުންތޯ ބަލާއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
30.1 ފެރީ ޓާމިނަލް އާއި ސިޓީ ހޮޓާ ނުވަތަ ގެސްޓް ހައުސް އެޅުމަށް "ކްރޮސް ސަބްސިޑީ" ގެ ގޮތުގައި ދީބާޖާއާ ޙަވާލު ކުރަންޖެހޭ 47 (ސާޅީސް ހަތެއް) ބިން ޙަވާލުކޮށް ނިންމުމަށް ވަކި މުއްދަތެއް އެއްބަސްވުމުގައި ކަނޑައަޅާފައި ނުވާކަމެވެ.
30.2 މި އެއްބަސްވުމަކީ ބިން ދީގެން ފަށާގޮތަށް ހަމަޖެހިފައިވާ އެއްބަސްވުމެއް ނޫންކަމާއި، އޭގެ ބަދަލުގައި އަމިއްލަ ޚަރަދުގައި ހިންގާ ގޮތަށް، ޑިޒައިންކޮށް، ޤާއިމްކޮށް، އޮޕަރޭޓްކޮށް، މެނޭޖްކޮށް، އަދި މެއިންޓެއިން ކުރާގޮތަށް ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމް ކުރުމަށް ދީބާޖާއިން އެއްބަސްވެ، އެކަމުގެ ކްރޮސް ސަބްސިޑީ އެއްގެ ގޮތުގައި ދައުލަތުން ކަންކަންތަކެއް ކޮށްދޭ ގޮތަށް އެކުލަވާލެވިފައިވާ އެއްބަސްވުމެއްކަމެވެ.
30.3 އެއްބަސްވުމުގެ ދަށުން ފެރީ ޓާމިނަލް އާއި ސިޓީ ހޮޓާ ނުވަތަ ގެސްޓް ހައުސް އެޅުމަށް ދައުލަތުން ދޭންޖެހޭ ބިންތަކުގެ ތެރެއިން 17 (ސަތާރަ) ބިމެއް، 30 ޖޫން 2010 ގައި އިތުރު 09 (ނުވައެއް) ބިމެއް، 18 ޖެނުއަރީ 2011 ގައި ޖުމލް 26 (ސައްބީސް) ބިމެއް ދީބާޖާއާ ޙަވާލުކޮށް، އެ ބިންތަކުގެ ރަޖިސްޓްރީ ވެސް ޙަވާލު ކޮށްފައިވާކަމަށް ދައުލަތުން ބުނެފައިވާ ކަމާއި ލިޔުންތަކުން އެކަން ފެންނަން އޮތްކަމެވެ.
30.4 ޙަވާލުކުރި ކަމަށް ދައުލަތުން ބުނާ ބިންތައް ޙަވާލު ނުކުރާ ކަމަށް ދީބާޖާއިން ބުނެފައިވަނީ އެއިން ކޮންމެ ބިމެއް ޙަވާލު ކުރަންޖެހޭނީ ބިމާބެހޭ ޤާނޫނުގައި ބަޔާންވެގެންވާ ގޮތަށް އެއްބަސްވުމެއްގެ ދަށުން ކަމަށްވާތީ އެއިން ކޮންމެ ބިމަކަށް ވަކި އެއްބަސްވުމެއް ހަދަންޖެހޭ ކަމަށް ދީބާޖާއިން ދެކޭތީ ކަމާއި، ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގައި ބިންތަކުގެ ވާހަކަ ބަޔާންވެގެންވާތީ ރަޖިސްޓްރީއާއެކު ލިޔުމުން ބިންތައް ޙަވާލު ކުރުމުން ކޮންމެ ބިމަކަށް ވަކި އެއްބަސްވުމެއް ހަދަން ނުޖެހޭ ކަމަށް ސަރުކާރުން ދެކޭކަމަށް ބުނެފައިވާ ކަމާއި، ސަރުކާރުން އެކަމަށް ދޫދީ، ވަކިވަކި އެއްބަސްވުންވެސް ހަދައި ދޭނެ ކަމަށް 16 މެއި 2013 ގައި މިނިސްޓްރީން ދީބާޖާއަށް ފޮނުވާފައިވާ ސިޓީގައި ބަޔާންވެގެންވާކަމެވެ.
30.5 ދީބާޖާ އާއި ދައުލަތް ހިމެނޭގޮތުން އުފައްދާފައިވާ ކުންފުނި ކަމުގައިވާ "ދީބާޖާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އަށް ކްރޮސް ސަބްސިޑީގެ ގޮތުގައި ރިސޯޓް ތަރައްޤީ ކުރުމަށްޓަކައި ރ.ކުޑަކުރަތު ދޫކޮށް، 01 ޖޫން 2011 ގައި އެ ރަށުގެ ލީސް އެގްރީމެންޓްގައި ސޮއި ކުރެވުނު ކަމާއި، ހަމަ އެ ތާރީޚުގައި އެ ރަށް އަހަރަކު 1.5 މިލިއަން ޑޮލަރަށް ސަބްލީސް ކޮށްފައިވާކަމެވެ.
30.6 ރަޖިސްޓްރީ ޙަވާލު ކުރެވުނު ބިންތަކުގައި ފެރީ ޓާމިނަލް އަޅައި، ގެސްޓްހައުސް ހަދައިގެން މަންފާ ހޯދަން ފެށުމުގެ ފުރުސަތު ދީބާޖާއަށް އޮތް ކަމާއި، އެހެން ނަމަވެސް ބިންތައް ހަވާލު ކުރެވޭ ގޮތާއިމެދު ދެފަރާތް ދެމެދުގައި އޮތް ޚިޔާލުތަފާތުވުމުގެ ސަބަބުން، ރަޖިސްޓްރީ ހަވާލު ކުރެވުނު ބިންތަކުގައި ދީބާޖާއަށް އެއްވެސް މަސައްކަތެއް ފެށިފައި ނުވާކަން ދެފަރާތުގެ ބަހުން އެނގެން އޮތްކަމެވެ.
31އިސްވެ ބަޔާންވެދިޔަ ކަންކަމަށް ބަލާއިރު، ބުނެވިދިޔަ ބިންތައް ޙަވާލުކޮށް ނިންމުމަށް ވަކި މުއްދަތެއް އެއްބަސްވުމުގައި ކަނޑައަޅާފައި ނުވުމާއި، ގިނަ ބިންތަކެއްގެ ރަޖިސްޓްރީ ދީބާޖާ އާއި ހަވާލުކުރެވިފައި ވާކަން އެނގެން އޮތުމާއި، ބިންތައް އިތުރަށް ޙަވާލު ނުކުރެވިވަނީ އެކަމުގައި ދެފަރާތް ދެމެދު އޮތް ދެބަސްވުމުގެ ސަބަބުންކަން އެނގެން އޮތުމުން، ކްރޮސް ސަބްސިޑީގެ ގޮތުގައި ސަރުކާރުން ދީބާޖާއާ ޙަވާލުކުރަންޖެހޭ ބިންތައް ޙަވާލުކުރުމުގެ އިލްތިޒާމް ދައުލަތުން އަދާކޮށްފައި ނުވާކަމަށް ބެލެވޭނެ ހަމައެއް ނެތްކަމަށް އަހުރެންނަށް ބުރަވެވެއެވެ.
ދަތުރުފަތުރުގެ ޚިދުމަތް މެދު ކެނޑުން
32އުތުރު ޕްރޮވިންސްގައި ދެމުން ގެންދިޔަ ފެރީގެ ޚިދުމަތް އެކި ފަހަރުމަތިން މެދު ކެނޑެމުން ދިޔަކަން ކޯޓަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެއެވެ. މިގޮތުން އަންނަނިވި ކަންކަން ފާހަގަކުރަމެވެ.
32.1 އުތުރު ޕްރޮވިންސްގެ ނ، ބ އަދި ޅ އަތޮޅުގެ ފެރީގެ ޚިދުމަތް މެދު ކެނޑެމުންދާ ކަމުގެ ޝަކުވާ އެ އަތޮޅުގެ ކައުންސިލްތަކަށާއި މިނިސްޓްރީއަށް ލިބެމުންދާތީ، ވަގުތީ ފެރީއެއް ބޭނުން ކޮށްގެން ނަމަވެސް ޚިދުމަތް ފެއްޓުމަށް އަންގައި، މިނިސްޓްރީން ދީބާޖާއަށް 24 އޮކްޓބަރޯ 2012 ގައި ސިޓީ ފޮނުވިކަމެވެ.
32.2 ބ. އަތޮޅުގެ ތުޅާދޫ ހިމެނޭ ފަޅިއަށް ދެމުންދިޔަ ފެރީގެ ޚިދުމަތް މެދު ކެނޑިފައިވާތާ 45 (ސާޅީސްފަހެއް) ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް 06 ޑިސެމްބަރ 2012 ގައި ބ. އަތޮޅު ކައުންސިލުން، އަދި ހަމަ އެ ތާރީޚުގައި ބ. ތުޅާދޫ ކައުންސިލުން ޝަކުވާގެ މެސެޖް ފޮނުވާފައިވާ ކަމާއި، މި ޝަކުވާތަކާ ގުޅިގެން 06 ޑިސެމްބަރ 2012 ގައި މިނިސްޓްރީން ދީބާޖާއަށް ދަތުރުތައް ފެއްޓޭނެ ތާރީޚެއް އަންގައި ދިނުމަށް ސިޓީ ފޮނުވިކަމެވެ.
32.3 ރ. އަތޮޅާއި ބ. އަތޮޅުގެ ފެރީގެ ޚިދުމަތް ހުއްޓިފައިވާތީ އެކަމުގެ ޝަކުވާތައް ލިބެމުންދާތީ ދަތުރުތައް އަވަހަށް ފެށުމަށް އަންގައި 09 ޑިސެމްބަރ 2012 ގެ ސިޓީއަށް ޖަވާބެއް ނުދޭކަން ފާހަގަކޮށް މިނިސްޓްރީން ދީބާޖާއަށް 16 ޑިސެމްބަރ 2012 ގައި ވެސް ސިޓީ ފޮނުވާފައިވާކަމެވެ.
32.4 ނ، ރ، އަދި ބ އަތޮޅުގެ ފެރީގެ ޚިދުމަތް ހުއްޓިފައިވާކަމުގެ ޝަކުވާ ލިބެމުންދާތީ ޚިދުމަތް އަވަހަށް ފެށުމަށް އަންގައި މިނިސްޓްރީން ދީބާޖާއަށް 19 ޑިސެމްބަރ 2012 ގައި ސިޓީ ފޮނުވާފައިވާކަމެވެ.
32.5 ه.އަތޮޅުގެ ތުޅާދޫ ހިމެނޭ ފަޅިއަށް ދެމުންދިޔަ ފެރީގެ ޚިދުމަތް މެދުކެނޑިފައިވާތާ 06 މަސް ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާކަމަށް ބ.ތުޅާދޫ ކައުންސިލުން 05 އެޕްރީލް 2013 ގައި މިނިސްޓްރީއަށް ސިޓީ ފޮނުވާފައިވާކަމެވެ.
32.6 މިކަން ޙައްލުކުރަން 29 އެޕްރީލް 2013 ގައި މިނިސްޓްރީން ދީބާޖާއާ އެކުގައި ބައްދަލުވުމެއް ބާއްވާފައިވާ، 29 އެޕްރީލް 2013 އިން ފެށިގެން 01 ހަފުތާ ތެރޭގައި ދަތުރުތައް ފެށުމަށް ދީބާޖާއަށް އެނގިފައިވާ ކަމާއި، އެހާތަނަށްވެސް ޙައްލުނުވުމުން 14 މެއި 2013 ގައި ދެފަރާތް ދެމެދުގައި ދެވަނަ ބައްދަލުވުމެއް ބޭއްވުނު ކަމާއި، އަދި އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ޢާންމު ފޯރަމެއް 15 އަދި 16 މެއި 2013 ގައި ބޭއްވުނުކަމެވެ.
32.7 16 މެއި 2013 ގައި މިނިސްޓްރީން ދީބާޖާއަށް ފޮނުވި ސިޓީގައި، އެއްބަސްވުން ދެމިއޮތުމަށްޓަކައި 01 ހަފްތާގެ މުއްދަތެއް ދެވި، އެ މުއްދަތުގައި ދަތުރުތައް ފެށުމަށް ދީބާޖާއަށް އަންގާފައިވާ ކަމާއި، އެ ސިޓީގައި އިތުރަށް ބުނެފައިވާ ވާހަކަތަކަށް ބަލާއިރު، "ނަމަވެސް ތިޔަ ކުންފުނިން ދެމުންގެންދިޔަ ޚިދުމަތް މިހާރު މެދު ކެނޑިފައިވާތީ އެސަރަހައްދުގެ ރައްޔިތުންގެ ޝަކުވާދަނީ ލިބެމުންނެވެ. އަދި އެކަމާގުޅިގެން އެކިފަހަރުމަތީން ތިޔަ ކުންފުންޏާއި ބައްދަލުކޮށް ޚިދުމަތް ދިނުމަށް ފެށޭނެ މުއްދަތެއް ކަނޑައެޅުނު ކަމުގައިވީ ނަމަވެސް ޚިދުމަތްވަނީ އަލުން ނުފެށިފައެވެ. ފެރީގެ ޚިދުމަތް އަލުން ފައްޓަވައި ދެއްވުމުގައި ހުރި ހުރަސްތަކާ ބެހޭގޮތުން 29 އެޕްރީލް 2013 ވަނަ ދުވަހާއި 14 މެއި 2013 ވަނަ ދުވަހު މި މިނިސްޓްރީގައި ބޭއްވި ބައްދަލުވުންތަކުގައި ވާހަކަ ދެކެވިފައިވާ ގޮތަށް ދަތުރުފަތުރުގެ ޚިދުމަތް ކުރިއަށްއޮތް 1 (އެކެއް) ހަފުތާގެ ތެރޭގައި ފައްޓަވައި ދެއްވުން އެދެމެވެ." މިހެން ބުނެފައިވާކަން ފާހަގަކުރެވޭކަމެވެ.
32.8 އެއްބަސްވުން ދެމިއޮތުމަށްޓަކައި 01 ހަފުތާ ތެރޭގައި ފެރީ ދަތުރުތައް ފެށުމަށް އަންގައި 16 މެއި 2013 ގައި މިނިސްޓްރީން ފޮނުވި ސިޓީއަށް ދީބާޖާއިން 23 މެއި 2013 ގައި ޖަވާބު ދީފައިވާކަމާއި، 26 މެއި 2013 ގައި ވަގުތީ އިންތިޒާމެއްގެ ދަށުން ދަތުރުތައް މޫސުމް ތަންދޭނަމަ ފަށާނެ ކަމަށް ދީބާޖާއިން އެ ސިޓީގައި ބުނެފައިވާކަމެވެ.
32.9 25 މެއި 2013 ގައި ދީބާޖާއިން އިތުރު ސިޓީއެއް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމާއި، 26 މެއި 2013 އިން ފެށިގެން ވަގުތީ ޚިދުމަތް އަލުން ފަށާނެ ކަމަށް އެ ސިޓީގައި މިނިސްޓްރީއަށް އަންގާފައިވެއެވެ. މިގޮތުން ނ.އަތޮޅަށް 26 މެއި 2013 އިން ފެށިގެން 1 ދޯނި، ރ.އަތޮޅަށް 27 މެއި 2013 އިން ފެށިގެން 1 ދޯނި، ބ.އަތޮޅަށް 27 މެއި 2013 އިން ފެށިގެން 1 ދޯނި، ޅ.އަތޮޅަށް 02 ޖޫން 2013 އިން ފެށިގެން 1 ދޯނި، ރ.އަތޮޅަކީ އާބާދީ ބޮޑު އަތޮޅަކަށްވާތީ އެ އަތޮޅަށް އިތުރު އެއް ދޯނި 2 ހަފުތާ ތެރޭގައި ފަށާނެ ކަމަށާއި، 04 އަތޮޅުގައި 26 މެއި 2013 ވަނަ ދުވަހު ޚިދުމަތް އެއްފަހަރާ ފެށުމަށް ދިމާވި އެންމެ ބޮޑު ހުރަހަކީ ބޭނުން ކުރަމުން އައި އެއްބައި އުޅަނދުގެ ފަޅުވެރިން ނެތުމާއި އަދި އިތުރު މައްސަލަތައް ހުރުމުން ހައްލު ކުރުމަށްޓަކައި އިތުރު ފުރުސަތު ބޭނުންވުން ކަމަށް ވެސް އެ ސިޓީގައި ދީބާޖާއިން ބުނެފައިވާކަމެވެ.
32.10 28 މެއި 2013 ގައި ބ.ފުޅަދޫ އާއި ފެހެންދޫ އަށް ފެރީގެ ޚިދުމަތް ލިބިފައި ނުވާކަން މިނިސްޓްރީން 29 މެއި 2013 ގައި ދީބާޖާއަށް އަންގާފައިވާކަމެވެ. އެ ސިޓީގައި ބުނެފައި ވަނީ؛ "އުތުރު ސަރަޙައްދުގެ ފެރީ ޚިދުމަތް 28 މެއި 2013 ދުވަހު ބ. ފުޅަދޫ އާއި ފެހެންދޫއަށް ލިބިފައި ނުވާކަމުގެ މައުލޫމާތު މި މިނިސްޓްރީއަށް ވަނީ ލިބިފައެވެ. އެނގިވަޑައިގަންނާނޭ ފަދައިން ކަނޑައެޅިފައިވާ އޮންނަ ރޫޓުގައި ހިމެނޭ ހުރިހާ ރަށަކަށް ޚިދުމަތް ނުދެވޭނަމަ އެ ސަރަޙައްދުގެ އެރޫޓުގެ ޚިދުމަތް ފުރިހަމަ ކުރެވުނީކަމަށް ބެލެން ނެތްވާހަކަ ދެންނެވީމެވެ. ވީމާ، ކުރިޔަށް އޮތްތަނުގައި ބ.ގޮއިދޫ ރޫޓުގައި ޚިދުމަތް ދޭއިރު އެ ރޫޓުގެ އެހެނިހެން ރަށްރަށުގެ ރައްޔިތުންނަށް ޚިދުމަތް ލިބޭ ފަދައިން ފުޅަދޫ އާއި ފެހެންދޫގެ ރައްޔިތުނަށްވެސް ދަތުރުފަތުރުގެ ޚިދުމަތް ލިބޭނެގޮތް ހަމަޖައްސުމަށް އެދި ދެންނެވީމެވެ." މިހެންނެވެ.
32.11 30 މެއި 2013 ގައި އެއްބަސްވުން ބާޠިލު ކުރިކަން މިނިސްޓްރީން ދީބާޖާއަށް އަންގާފައިވާކަމާއި، އެ ސިޓީގައި މިނިސްޓްރީން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު: "ދަތުރުފަތުރުގެ ނިޒާމްގެ ދަށުން އުތުރު ސަރަޙައްދު (ނ، ރ، އަދި ޅ އަތޮޅު) ގައި ޚިދުމަތް ދިނުމަށް 01 ފެބުރުއަރީ 2010 ވަނަ ދުވަހު ތިޔަ ކުންފުންޏާއި ސަރުކާރާއި ދެމެދު ކުރެވިފައިވާ އެގްރީމެންޓުގެ ދަށުން ދެމުން ގެންދާ ޚިދުމަތް މެދުކެނޑިފައިވާތީ އެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދީ އެއްބަސްވުމުގައިވާ ގޮތުގެމަތީން ރަނގަޅުކުރުމަށް ތަކުރާރުކޮށް ވަނީ ދަންނަވާފައެވެ. އަދި އެކަން ތިޔަ ކުންފުނިން ނުފެއްޓުމުން، އެކަން ރަނގަޅު ކުރުމަށްޓަކައި 29 އެޕްރީލް 2013 ގައި ދެފަރާތުން ބައްދަލުވުން ބާއްވައި އަދި ދަތުރުތައް އެދުވަހުން ފެށިގެން 1 ހަފުތާ ތެރޭގައި ފެއްޓުމަށް ވަނީ ދެންނެވިފައެވެ. އޭގެ ފަހުންވެސް އެތައް ބައްދަލުވުމެއްގައި މި މުއްދަތު ހަނދުމަފުޅުކޮށް އަރުވައި، ޚިދުމަތް ޤާއިމްކޮށް ދިނުމަށާއި ދަތުރުފަތުރުގެ އެގްރީމެންޓް ދެމިއޮތުމަށްޓަކައި 1 ހަފުތާގެ މުއްދަތެއް ވާނީ ޙަވާލާދީފައިވާ މިނިސްޓްރީގެ ނަންބަރު 69-A/PRIV/2013/58 (16 މެއި 2013) ސިޓީން ދީފައެވެ. ނަމަވެސް އެ މުއްދަތުގައި ޚިދުމަތް ނުފައްޓަވައި އަމިއްލަފުޅަށް ތާރީޚުތަކެއް ކަނޑައަޅުއްވައި ތިޔަ ކުންފުނިން ވަނީ ސިޓީ ފޮނުވާފައެވެ. މިގޮތުން ފޮނުވި ޙަވާލާދީފައިވާ ތިޔަކުންފުނީގެ ނަންބަރު DBJ/0013/GoM/004 (25 މެއި 2013) ސިޓީގައި ވިދާޅުވެފައިވާ އުތުރު ސަރަހައްދުގެ "ވަގުތީ ޚިދުމަތް" 26 މެއި 2013 ވަނަ ދުވަހު ވެސް ވަނީ ކަނޑައަޅާފައިވާ ފެންވަރުގައި ނުފެށިފައެވެ." މިހެން ބުނެފައިވާކަން ފާހަގަކުރެވޭކަމެވެ. އެއްބަސްވުން ވަގުތުން ބާޠިލުކުރުމުގެ އިޚްތިޔާރު ދައުލަތަށް ލިބިދީފައިވުން
33އެއްބަސްވުމުގެ 6.32.1 ގައި (Immediate Termination by the Client) އިތުރު ނޯޓިސްއެއް ދިނުމެއްނެތި، އިތުރު އިޖުރާއަތެއް ފުރިހަމަ ކުރުމެއްނެތި، ސަރުކާރަށް (ކްލައިންޓްއަށް) އެއްބަސްވުން ވަގުތުން ބާޠިލު ކުރެވޭ ޙާލަތްތަކެއް ބަޔާންކޮށްފައިވެއެވެ. ދައުލަތުން މި އެއްބަސްވުން ބާޠިލު ކޮށްފައިވަނީ އެއްބަސްވުމުގެ 6.32.1 ގެ (D) ގެ ދަށުންނެވެ. އެ އަކުރުގައި ބަޔާންވެގެންވަނީ: “The Service Provider fails to provide the Services, or a substantial part of the Services, on (five) or more consecutive days unless the failure is as a result of Force Majeure.” މި މާއްދާގައި ބަޔާންވެގެންވާ ގޮތުން، ފޯސް މެޖަރ (މޫސުން ގޯސްވުން ފަދަ އިންސާނުންނަށް ބާރު ނުފޯރާ ފަދަ) ޙާލަތެއް މެދުވެރިވެގެން މެނުވީ ޖެހިޖެހިގެން 5 ދުވަސް ވަންދެން އެއްވެސް ސަރަހައްދެއްގައި ފެރީ ނިޒާމުގެ ބޮޑުބައެއް މެދުކެނޑިފައިވާނަމަ އެއްބަސްވުން ވަގުތުން ބާޠިލު ކުރުމުގެ އިޚްތިޔާރު ސަރުކާރަށް ލިބިގެންވެއެވެ.
34އެއްބަސްވުމުގެ 6.32.1 ގައި ބުނާ ޙާލަތްތައް ފިޔަވައި، ދެފަރާތަށް ވެސް އެއްބަސްވުން ބާޠިލު ކުރެވޭނެ އިތުރު ގޮތެއް އެއްބަސްވުމުގެ 6.32.2 ގައި ބަޔާންވެގެން ވެއެވެ. އެ އެ އެ އެ އެ އެ ބަޔާންވެގެންވަނީ، ދެ ފަރާތުންކުރެ ފަރާތަކުން އެއްބަސްވުމާ ޚިލާފުވެ، އެ ޚިލާފުވުން ރަނގަޅުކުރަން އަނެއް ފަރާތުން ދޭ 20 ދުވަސް ތެރޭގައި އެކަން އިސްލާޙުކޮށް ރަނގަޅު ނުކުރެވިއްޖެނަމަ، 90 ދުވަހުގެ ނޯޓިސްއެއް ލިޔުމުން ދިނުމަށްފަހު އެއްބަސްވުން ބާޠިލު ކުރުމުގެ އިޚްތިޔާރު ދެފަރާތަށް ވެސް ލިބިގެންވާ ކަމަށެވެ. ދައުލަތުން އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމާއި އެއްގޮތަށްތޯ ނުވަތަ ނޫންތޯ ކަނޑައެޅުން
35އެއްބަސްވުން ބާޠިލުކުރިކަން އަންގައި މިނިސްޓްރީއިން ދީބާޖާއަށް 30 މެއި 2013 ގައި ފޮނުވި ސިޓީގައި ބަޔާންވެގެންވާ ގޮތުން ދައުލަތުން އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމުގެ
6.32.1 ގެ (D) ގެ ދަށުންނެވެ. އެއީ އެއްވެސް ނޯޓިސްއެއް ދިނުމެއްނެތި ދައުލަތަށް ވަގުތުން އެއްބަސްވުން ބާޠިލު ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ މާއްދާއެވެ. މިގޮތުން އެއްވެސް ނޯޓިސްއެއް ދިނުމެއްނެތި ދައުލަތަށް ވަގުތުން އެއްބަސްވުން ބާޠިލު ކުރެވޭނީ އެ މާއްދާގައި ބަޔާންވެގެންވާ ގޮތުން، އިންސާނުންނަށް ބާރު ނުފޯރާފަދަ ޙާލަތެއް މެދުވެރިވެގެން (ފޯސް މެޖަރ ޙާލަތެއް މެދުވެރިވެގެން) މެނުވީ ޖެހިޖެހިގެން 5 ދުވަސް ވަންދެން ފެރީ ނިޒާމުގެ ބޮޑުބައެއް މެދުކެނޑިފައިވާ ޙާލަތުގައިކަން އެ މާއްދާއިން އެނގެން އެބައޮތެވެ.
36ދައުލަތުން 30 މެއި 2013 ގައި އެއްބަސްވުން ބާޠިލު ކުރިއިރު، ފެރީ ނިޒާމުގެ ބޮޑު ބަޔަކަށް ޚިދުމަތް ލިބެމުން ދިޔަކަމާއި ފެރީ ނިޒާމު ހިނގަމުން ދިޔަކަން، މިނިސްޓްރީއިން 29 މެއި 2013 ގައި ދީބާޖާއަށް ފޮނުވި ސިޓީއިން އެނގެން އޮތްކަން ފާހަގަކުރެވެއެވެ. މިނިސްޓްރީއިން ދީބާޖާއަށް އެ ސިޓީ ފޮނުވާފައިވަނީ އެއްބަސްވުން ބާޠިލު ކުރުމުގެ އެއް ދުވަސް ކުރިންކަން ވެސް ފާހަގަކުރެވެއެވެ. އެ ސިޓީގައިވާ ވާހަކަތަކަށް ބަލާއިރު، ބ.ފުޅަދޫ އާއި ބ.ފެހެންދޫއަށް ފެރީ ޚިދުމަތް މެދުކެނޑިފައިވާ ކަމަށާއި، ކުރިޔަށް އޮތް ތަނުގައި ބ.ގޮއިދޫ ރޫޓުގައި ޚިދުމަތް ދޭއިރު އެ ރޫޓުގެ އެހެނިހެން ރަށްރަށުގެ ރައްޔިތުންނަށް ޚިދުމަތް ލިބޭފަދައިން ފުޅަދޫ އާއި ފެހެންދޫގެ ރައްޔިތުނަށްވެސް ދަތުރުފަތުރުގެ ޚިދުމަތް ލިބޭނެގޮތް ހަމަޖައްސުމަށް އެދޭކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވާކަން އެނގެއެވެ. ބ.ފުޅަދޫ އާއި ބ.ފެހެންދޫ ފިޔަވައި އެހެން ރަށްތަކަށް ޚިދުމަތް ލިބެމުން ދިޔަކަން އެނގެއެވެ. 26 މެއި 2013 ގައި ޚިދުމަތް އަލުން ފެށިފަހުން އެ ދެ ރަށުގެ ޝަކުވާ ފިޔަވައި އެހެން ރަށަކުން ޝަކުވާއެއް އައިސްފައި ނުވާކަން ވެސް ފާހަގަކުރެވެއެވެ.
37މީގެ އިތުރުން، އެއްބަސްވުން ބާޠިލުކުރުމަށް 30 މެއި 2013 ގައި މިނިސްޓްރީއިން ދީބާޖާއަށް ފޮނުވި ސިޓީގެ ދެވަނަ ޕެރެގްރާފް ނިންމާލަމުން ދައުލަތުން ބުނެފައިވާ އިބާރާތަށް ބަލާއިރު، ދީބާޖާއިން އަލުން ޚިދުމަތް ފެށި ތާރީޚު ކަމުގައިވާ 26 މެއި 2013 ވަނަ ދުވަހުވެސް ވަނީ ކަނޑައަޅާފައިވާ ފެންވަރުގައި ޚިދުމަތް ނުފެށިފައި ކަމަށް ބުނެފައިވެއެވެ. މީގެ އިދިކޮޅު މަފްހޫމަކީ ކަނޑައެޅިފައިވާ ފެންވަރުގައި ނުފެށުނަސް ކޮންމެވެސް ފެންވަރެއްގައި ފެށިފައިވާކަމެވެ.
38HN3ޚިދުމަތުގެ ފެންވަރު ދަށްވުމަކީ އެއްބަސްވުމުގެ 6.32.1 ގެ (ޑީ) ގެ ދަށުން އެއްބަސްވުން ވަގުތުން ބާޠިލުކުރުމުގެ ބާރު ދައުލަތަށް ލިބިދީފައިވާ ޙާލަތެއް ނޫނެވެ. އެ ޙާލަތުގައި އެއްބަސްވުން ބާޠިލު ކުރާނަމަ ޢަމަލުކުރަން ޖެހޭނީ އެއްބަސްވުމުގެ 6.32.2 ވަނަ މާއްދާއަށެވެ. އެ މާއްދާގެ ދަށުން ދޭންޖެހޭ 90 (ނުވަދިހަ) ދުވަހުގެ ނޯޓިސް ދީގެން އޭގައި ބުނާ އިޖުރާއާތުތައް ފުރިހަމަ ކޮށްގެން އެއްބަސްވުން ބާޠިލު ކުރުމުގެ ފުރިހަމަ އިޚްތިޔާރު ދައުލަތަށް އޮތެވެ. އެހެންނަމަވެސް ދައުލަތުން ޢަމަލުކޮށްފައިވަނީ އެގޮތަކަށް ނޫނެވެ. މިގޮތުން 30 މެއި 2013 ގައި ދައުލަތުން އެއްބަސްވުން ބާޠިލު ކޮށްފައިވަނީ އެއްބަސްވުމާ ޚިލާފަށް ކަމަށް އަހުރެން ދެކެމެވެ. އަދި އެއްބަސްވުން ދެމިއޮތުމަށްޓަކައި 1 (އެކެއް) ހަފުތާ ތެރޭގައި ޚިދުމަތް ފެށުމަށް އަންގައި 16 މެއި 2013 ގައި ދައުލަތުން ދީބާޖާއަށް ފޮނުވި ނޯޓިސްއަކީ އެއްބަސްވުމުގެ ބޭރުން ހިނގާފައިވާ ކަމެއް ކަމަށް ވެސް އަހުރެން ދެކެމެވެ.
3916 މެއި 2013 ގެ ނޯޓިސްއަކީ މައްސަލަތައް ޙައްލު ކުރުމަށް ދެފަރާތުން ބޭއްވި ބައްދަލުވުންތަކަށް ފަހު ފޮނުވި ނޯޓިސްއެއް ކަމަށް ވިޔަސް، އެ ބައްދަލުވުން ތަކުގައި ދެފަރާތުން ވަކި ގޮތަކަށް އެއްބަސްވި ކަމަށް އެއްވެސް ފަރާތަކުން ބުނެފައި ނުވެއެވެ. އެއްބަސްވުމުގެ ބޭރުން އެހެން ގޮތަކަށް ޢަމަލު ކުރުމަށް ދެފަރާތުން އެއްބަސްވިކަން އެނގެން ނެތެވެ. އަދި 16 މެއި 2013 ގެ ނޯޓިސްއަށް ދީބާޖާއިން ޢަމަލު ކުރަން މަސައްކަތް ކުރުމަކީ، އެ ނޯޓިސްއަކީ އެއްބަސްވުމާ އެއްގޮތަށް އޮތް ނޯޓިސްއެއް ކަމަށް ބެލެވޭނެ ސަބަބެއް ނޫންކަންވެސް ފާހަގަކުރެވެއެވެ.
40އިސްވެބަޔާންވެދިޔަ ކަންކަމަށް ބަލައި ރިޢާޔަތްކުރާއިރު، ދައުލަތުން އެއްބަސްވުން ބާޠިލު ކޮށްފައިވަނީ އެއްބަސްވުމުގެ 6.32.1 ގެ (ޑީ) ގެ ދަށުން ކަމުގައިވާއިރު، އެ މާއްދާގެ ދަށުން އެއްވެސް ނޯޓިސްއެއް ދިނުމެއް ނެތި އެއްބަސްވުން ވަގުތުން ބާޠިލުކުރުމުގެ ބާރު ދައުލަތަށް ލިބެނީ އިންސާނުންގެ ބާރު ނުފޯރާފަދަ ޙާލަތެއް މެދުވެރިވެގެން މެނުވީ ޖެހިޖެހިގެން 5 ދުވަސް ވަންދެން އެއްވެސް ސަރަހައްދެއްގައި ފެރީ ނިޒާމުގެ ބޮޑުބައެއް މެދުކެނޑިފައިވާ ޙާލަތުގައިކަން އެ މާއްދާއިން އެނގެން އޮތްއިރު، ދައުލަތުން އެއްބަސްވުން ބާޠިލުކުރިއިރު، ފެރީ ނިޒާމުގެ ބޮޑު ބަޔަކަށް ޚިދުމަތް ލިބެމުން ދިޔަކަން ދައުލަތުން ފޮނުވާފައިވާ ސިޓީތަކުން އެނގެން އޮތުމުން، ދައުލަތުން އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމުގައި ބަޔާންވެގެންވާ ގޮތާ ޚިލާފަށް ކަމަށް އަހުރެން ދެކެމެވެ.
ގެއްލުމުގެ ބަދަލު
41HN4ދެފަރާތެއްގެ ދެމެދުގައި އޮތް އެއްބަސްވުމެއް ޤާނޫނާ ޚިލާފަށް އުވާލެވިގެން އެކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައި ދިނުމަކީ ކަނޑައެޅި ބަޔާންވެގެންވާ ޤާނޫނީ ހަމައެއް ކަމާއި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތުން ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެއްލުމުގެ ބަދަލާއި، އެފަދަ ޚިލާފު އަމަލެއް ކުރުމުން ލިބިދާނެކަން ކޮންޓްރެކްޓުގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުމުގެ ބަދަލު ނަގައި ދެވިދާނެއެވެ. ގެއްލުމުގެ ބަދަލު ނަގައި ދިނުމާ ގުޅޭގޮތުން އެއްބަސްވުމުގައި އެއްވެސް ވާހަކައެއް ބަޔާންކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.
42ދީބާޖާއިން އިސްތިއުނާފީ ހަވަނަ ނުކުތާ އާއި ހަތްވަނަ ނުކުތާގައި ވާހަކަ ދައްކާފައިވަނީ ގެއްލުމުގެ ބަދަލާ ގުޅޭގޮތުންނެވެ. މި ދެ ނުކުތާއަށް ޖުމްލަ ގޮތެއްގައި ބަލާލާނަމެވެ. ދީބާޖާއިން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމަށް ބަލާއިރު، ދަޢުވާގައި ދީބާޖާއިން އެދިފައިވަނީ، ދައުލަތުން އެއްބަސްވުމާ ޚިލާފުވުމުން ދީބާޖާއަށް ލިބިފައިވާ ސީދާ ގެއްލުމުގެ ބަދަލު ނަގައިދިނުމަށްކަން ފާހަގަކުރެވެއެވެ. ސިވިލް ކޯޓުގެ ނިންމުމުގައި، ދައުލަތުން ދީބާޖާއަށް 348,995,154.60ރ (ތިންސަތޭކަ ސާޅީސް އަށް މިލިޔަން ނުވަލައްކަ ނުވަދިހަ ފަސްހާސް އެއްސަތޭކަ ފަންސާސް ހަތަރު ރުފިޔާ ފަސްދޮޅަސް ލާރި) ދޭން ޖެހޭ ކަމަށް ނިންމާފައިވާއިރު، އޭގެ ތެރޭގައި ދީބާޖާއަށް ސީދާ ލިބުނު ކަމަށް ބުނާ ގެއްލުމުގެ ބަދަލުގެ އިތުރުން، މުސްތަޤުބަލުގައި ލިބިދާނެ ކަމަށް ލަފާކުރާ ގެއްލުމުގެ ބަދަލު ވެސް ހިމެނޭކަން އެނގެން އޮތްކަން ފާހަގަކުރެވެއެވެ.
43HN6ދީބާޖާއިން ދަޢުވާގައި އެދިފައިވަނީ ސީދާ ގެއްލުމުގެ ބަދަލު ކަމަށްވާއިރު، އެދިފައިނުވާ ބަދަލެއް ނަގައި ދިނުމަކީ ޝަރީޢަތްކުރުމުގެ އުޞޫލުތަކާ މުޅިން ޚިލާފު ކަމެކެވެ. ޝަރީއަތުގައި ނޭދޭ ފަރުވާއެއް ފޯރުކޮށްދިނުމަކީ ފަނޑިޔާރަށް ލިބިފައިވާ އިޚްތިޔާރެއްނޫނެވެ. މިގޮތުން މި މައްސަލައިގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދެވޭނީ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބިފައިވާ ސީދާ ގެއްލުމުގެ ބަދަލުކަމާއި އެހެން ބަދަލެއް ނަގައި ނުދެވޭނެކަމަށް އަހުރެން ދެކެމެވެ.
44HN7ގެއްލުމުގެ ބަދަލު ދަށު ކޯޓުން ނަގާދީފައިވަނީ ދީބާޖާއިން ހުށަހެޅި އޮޑިޓް ރިޕޯޓަކަށް ބަލާފައެވެ. މި ރިޕޯޓަކީ ފެރީ ދަތުރުތައް ކުރުމަށް އަހަރަކު ޚަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ޢަދަދާއި، އެ ޢަދަދު ހިސާބުކުރި ގޮތުގެ ތަފްސީލާއެކު ހުށަހެޅުމަށް މިނިސްޓްރީން ދީބާޖާއަށް 12 ޖޫން 2012 ގައި ދީބާޖާއިން މިނިސްޓްރީއަށް ހުށަހެޅި "ފޯކާސްޓް ޕްރޮފިޓް އެންޑް ލޮސް ސްޓޭޓްމަންޓް" ޝީޓ ކަމާއި، މި ޝީޓުގެ ބޭނުމަކީ ދަތުރުފަތުރަށް ހިނގާނެ ޚަރަދު އަންދާޒާކުރުން ކަމާއި، އެއީ ގެއްލުމުގެ ބަދަލު ހިސާބުކުރުމަށްޓަކައި މިނިވަން އޮޑިޓް ފާރމެއް މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ޝީޓެއްކަން އެނގޭނެ އެއްވެސް ގޮތެއް ނެތްކަމާއި، އެ ހިސާބުތައް ހެދުމުގައި ބަލާފައިވަނީ ބައިނަލްއަޤުވާމީ ކޮން މިންގަނޑަކަށްކަން ސާފުނުވާ ކަމާއި، އެ ލިޔުމަކީ ޞައްޙަ ޢަދަދުތަކެއްގެ މައްޗަށް ބިނާކޮށްގެން ހަދާފައިވާ ލިޔުމެއްކަން ނުވަތަ ނޫންކަންވެސް އެނގެން ނެތް ޙާލު، އެ ލިޔުމަކީ ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ރިޢާޔަތްކުރެވިދާނެ އޮޑިޓް ރިޕޯޓެއް ކަމަށް ބަލައި، އެ މައްޗަށް ބިނާކޮށް ގެއްލުމުގެ ބަދަލު ނަގައިދެވިދާނެ ކަމަކަށް ނުބެލެވެއެވެ.
45ޝަރީޢަތުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ދީބާޖާއިން ފެރީތަކެއް ބަންނަން ފަށާފައިވާ ކަމާއި، ރާއްޖެއިން ބޭރުން އިންޖީނުތަކެއް އެތެރެކުރިކަމާއި، ދިގު މުއްދަތަކަށް ފެރީތަކެއް ކުއްޔަށް ނަގައިގެން އުޅުނު ކަމާއި، ވަރަށް ގިނަ ޢަދަދެއްގެ މުވައްޒަފުން ގެންގުޅުނު ކަމަށް ދީބާޖާއިން ބުނެފައިވާކަން ފާހަގަކުރެވެއެވެ. މިއިން އެއްވެސް ކަމެއްގެ ވާހަކަ ދަށު ކޯޓުގެ އަދި ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ބަޔާންވެފައި ނުވާކަން ފާހަގަކުރެވެއެވެ.
46އިސްވެބަޔާންވެދިޔަ ކަންކަމަށް ބަލައި ރިޢާޔަތްކުރާއިރު، ދައުލަތުން އެއްބަސްވުން ބާޠިލު ކޮށްފައިވަނީ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފަށް ކަމަށްވާއިރު، ދައުލަތުން އެއްބަސްވުމާ ޚިލާފަށް އެއްބަސްވުން ބާޠިލު ކުރުމުގެ ސަބަބުން ދީބާޖާއަށް ލިބިފައިވާ ސީދާ ގެއްލުމުގެ ބަދަލު ދީބާޖާއަށް ލިބުން ޙައްޤުކަމުގައި އަހުރެން ދެކެމެވެ.
މައްސަލަ ނިންމަން ފެންނަ ގޮތް
47HN8މި މައްސަލައިގެ ގެއްލުމުގެ ބަދަލުގެ ބައި ދަށު ކޯޓުން އެކަށީގެންވާ މިންވަރަކަށް ބަލާފައި ނުވާކަން ފާހަގަކުރެވެއެވެ. މި ކަމުގައި އެންމެ ޢަދުލުވެރި ގޮތަކީ ގެއްލުމުގެ ބަދަލުގެ ބައި ކަމަށް އަހުރެން ދެކެމެވެ. މި މަރުޙަލާގައި އެކަން ބަލައި ބަދަލުގެ މިންވަރު ކަނޑައަޅައިފިނަމަ މައްސަލައިގެ ދެފަރާތަށް އެކަމުގައި އިސްތިއުނާފީ ދެ މަރުޙަލާ ގެއްލިގެން ދާނެއެވެ.
48ވުމާއެކު އެންމެ ރަނގަޅު ގޮތަކީ މި މައްސަލައިގެ ބަދަލުގެ ބައި ދަށު ކޯޓުން އަލުން ބެލުމެވެ. މީގެ ކުރިން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ސީދާ ގެއްލުމުގެ ބަދަލު ނަގައި ދިނުމާ ގުޅޭގޮތުން ދަށު ކޯޓުން ގޮތެއް ނިންމުމެވެ.
49މިގޮތުން، ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަޟިއްޔާ އިން ކޮށްފައިވާ ޙުކުމާއި ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާގައި ގެއްލުމުގެ ބަދަލާމެދު ނިންމާފައިވާ ނިންމުމަކީ ޤާނޫނީ އުޞޫލުތަކާއި ޢަދުލު އިންސާފުގެ ހަމަތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުންތަކެއް ކަމަށް ނުވާތީ، ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަޟިއްޔާ އިން ކޮށްފައިވާ ޙުކުމާއި ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާގައި ގެއްލުމުގެ ބަދަލާ ގުޅޭގޮތުން ނިންމާފައިވާ ބައި ބާޠިލުކުރަން ޖެހޭ ކަމަށް އަހުރެންނަށް ބުރަވެވެއެވެ.
50މި މައްސަލައިގައި ހިމެނޭ ސީދާ ގެއްލުމުގެ ބަދަލުގެ ބައި އަލުން ބަލައި، ގެއްލުމުގެ ބަދަލާ ގުޅިގެން ސުޕްރީމް ކޯޓުން މީގެ ކުރިން ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތަށް، މި މައްސަލައިގައި ހިމެނޭ ގެއްލުމުގެ ބަދަލުގެ ބައިގައި ގޮތެއް ނިންމުމަށް، މި މައްސަލަ ސިވިލް ކޯޓަށް ފޮނުވުމަށްޓަކައި، ކޯޓުތަކުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) އާއި 19 ވަނަ މާއްދާގެ (ނ) އާއި ޙަވާލާދީ މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލުކުރަން ޖެހޭ ކަމަށް އަހުރެންނަށް ބުރަވެވެއެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
51އިސްތިއުނާފީ ފުރަތަމަ ނުކުތާއިން ފެށިގެން ހަތަރުވަނަ ނުކުތާގެ ނިޔަލަށް އެ ނުކުތާތަކާ ގުޅިގެން ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ފާޅުކުރެއްވި ރައުޔަށް އަހުރެން ތާއީދު ކުރުމާއެކު، އަންނަނިވި ކަންކަން ފާހަގަ ކުރަމެވެ.
އިސްތިއުނާފީ ފަސްވަނަ ނުކުތާ
52އިސްތިއުނާފީ 05 ވަނަ ނުކުތާގައި ދީބާޖާގެ ފަރާތުން ބުނެފައި ވަނީ އެއްބަސްވުމުގެ 6.32.1 ވަނަ މާއްދާގެ (ޑީ) ގައި ބުނާފަދަ ހާލަތެއް ވުޖޫދު ވެފައި ނުވާއިރު، އެފަދަ ހާލަތެއް ވުޖޫދުވި ކަމުގައި ހައިކޯޓުން ބަލާފައި ވަނީ އެއިގެ ކުރިން ދައުލަތުން ދީފައިވާ ލުއިތައް ހިމަނައިގެން ކަމުގައެވެ. ކަންމިހެން އޮތުމުން ހައިކޯޓުގެ ނިންމުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާ ޚިލާފު ކަމުގައެވެ. މި ނުކުތާއިން އަހުރެންނަށް ދޭހަވަނީ، އެއްބަސްވުން ދައުލަތުން ބާޠިލުކުރި ކުރުން ޞައްޙަ ކަމުގައި ހައިކޯޓުން ބުރަވި ވާޤިޢާތަކަކީ، ދައުލަތުން ދީބާޖާއަށް ދީފައިވާ ލުއިތަކެއް ކަމުގައިވާއިރު، އެއީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ފަދަ އެއްބަސްވުމުގެ ބައިވެރިއަކު އަނެއް ބައިވެރިއަކަށް ދީފައިވާ ލުއިތަކެއް ކަމުގައި ވީނަމަވެސް އެ ކަންކަމަށް ހައިކޯޓުން ރިޢާޔަތް ކޮށްފައިނުވާ ކަމެވެ.
53މި ކަން އިސްތިއުނާފީ ފޯމުގައިވާ އިސްތިއުނާފީ ނުކުތާތަކުގެ ތަފުސީލު 6.5.3 އިން ފެށިގެން
6.5.7 ދެމެދު ދީބާޖާގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން ސާފުކޮށް އެނގެ އެވެ. އަދި މި ނުކުތާގެ ތަފުސީލުގައި ސުޕްރީމް ކޯޓުގެ އަޑުއެހުންތަކުގައި ދައްކާފައިވާ ވާހަކަތަކުގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ ދައުލަތުން އެއްބަސްވުން ބާޠިލުކުރި ކުރުން ޞައްޙަ ކަމުގައި ހައިކޯޓުން ބުރަވި ވާޤިޢާތަކުން، ވަކި ވާޤިޢާތަކީ ދައުލަތުން ދީފައިވާ ލުއެއް ކަމުގައި ސާފުކޮށް ބުނެފައި ނުވެއެވެ. ނަމަވެސް، ދައުލަތުން ދީފައިވާ ލުއިތަކަކީ، 16 ޖޫން 2013 ގައި ވަކި ކަންތަކެއް ހަފުތާއެއްގެ ތެރޭގައި ކުރުމަށް އަންގައި ޓްރާންސްޕޯޓް މިނިސްޓްރީއިން ފޮނުވާފައިވާ ސިޓީ އާއި، 29 މެއި 2013 ގައި ބ. ފުޅަދޫ އާއި ފެހެންދޫގެ ދަތުރުފަތުރާ ގުޅިގެން އެ މިނިސްޓްރީން ފޮނުވި ސިޓީގައިވާ ކަންތައްތައް ކަމުގައި ދޭހަވާ މޭރުމަކުން ދީބާޖާގެ ފަރާތުން ވާހަކަ ދައްކާފައި ވެއެވެ. އަދި ހައިކޯޓުގެ ނިންމުމުން މި ނުކުތާއާ ގުޅިގެން ހަވާލާދޭ ޕެރެގްރާފްތަކަކީ ކޮބައިކަން މި ނުކުތާ ހުށަހަޅައި ނިމޭއިރު ސާފުކޮށް ދިނުމަށް އަހުރެން ދީބާޖާގެ ފަރާތުން ޝަރީޢަތުގައި އެދުނީމެވެ. މިކަމުގެ ރައްދުގައި ދީބާޖާގެ ފަރާތުން ބުނެފައި ވަނީ، "ހައިކޯޓުގެ ރިޕޯޓުގައި ނުކުތާއެއް ތިރީހަކަށް ސާޅީހަކަށް ސަފުހާގައި ލިޔެފައިވާ ކަމަށާއި، ވުމާއެކު އެ ނުކުތާ އޮތްތަން ސީދާ ފާހަގަ ކުރަން ވަރަށް އުނދަގޫވާ" ކަމަށެވެ. މި ނުކުތާ ހުށަހެޅި ނިމިގެން ދިޔައިރު ދައުލަތުގެ ފަރާތުން ދީފައިވާ ލުޔަކާ ބެހޭ ގޮތުން ހައިކޯޓުގެ ނިންމުމުން ދީބާޖާގެ ފަރާތުން ވަކި ކަމެއް ފާހަގަ ކުރިތަން ފެނިފައި ނުވެއެވެ.
54މި ނުކުތާގެ ރައްދުގައި ދައުލަތުން ތަކުރާރުކޮށް ބުނެފައި ވަނީ، އެއްބަސްވުމާ ގުޅިގެން ދައުލަތުން ދީބާޖާއަށް ލުއިތަކެއް ދީފައި ނުވާނެ ކަމުގަ އެވެ. އަދި ލުއިތަކުގެ ވާހަކައަކީ ހައިކޯޓުގެ މަރުޙަލާގައި ދެކެވުނު ވާހަކައެއް ނޫންކަމުގަ އެވެ. ވުމާއެކު މިއީ މިހާރު ސުޕްރީމް ކޯޓުގެ މަރުޙަލާގައި ދެކެވިގެންވާނެ ވާހަކަތަކެއް ނޫންކަމުގަ އެވެ.
55ހައިކޯޓުގެ ޙުކުމެއް ނުވަތަ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ޢާންމު އުސޫލުތައް ބަޔާން ވެފައި ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާ ގައެވެ. އެ މާއްދާގައި 29 ސެޕްޓެމްބަރ 2021 ގައި ސުޕްރީމް ކޯޓުގައި ދީބާޖާގެ ފަރާތުން ދެއްކި ވާހަކައިގެ މަޙްޝަރު ބަޔާން، ސަފުހާ 15 ޤާނޫނު ނަންބަރު 22/2010 މި މާއްދާގައި ބަޔާން ކޮށްފައި ވަނީ އަންނަނިވި ފަދައިން ނެވެ. " މި ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ ހައިކޯޓުގެ ޙުކުމްތަކާއި ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނީ އަންނަނިވި ޙާލަތްތަކުގަ އެވެ.
(ހ) އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފައިވާ ހައިކޯޓުގެ ޙުކުމް ނުވަތަ ނިންމުން ބިނާ ކުރެވިފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށް ޤަބޫލު ކުރެވޭ ސަބަބުތަކެއް ހުރުން؛ ނުވަތަ ޤާނޫނު ތަޠުބީޤު ކުރުމުގައި ނުވަތަ ޤާނޫނު މާނަ ކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ޤަބޫލު ކުރެވޭ ސަބަބުތަކެއް ހުރުން.
(ށ) ހައިކޯޓުގެ ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އަންނަނިވި ބާވަތްތަކުން ކުރެ ބާވަތެއްގެ އައިބެއްގެ ސަބަބުން އެ ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވުން. (1) އަޑުއެހުން ބޭއްވުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފު ވެފައިވާ ކަމަށް ޤަބޫލު ކުރެވޭ ސަބަބުތަކެއް ހުރުން. ބަޔާން ވެފައިވާ، މި ޢާންމު އުސޫލުތަކުގެ ޚުލާޞާއަކީ، ހައިކޯޓުގެ ޙުކުމް ނުވަތަ ނިންމުން ޤާނޫނާ ޚިލާފުވި ކަމަށް ބެލެވޭ ސަބަބެއް އޮތުމެވެ. އެއީ އެ ނިންމުމަށް ވާސިލު ވުމުގައި ޤާނޫނު ތަޠުބީޤު ކުރުމުގައި ނުވަތަ މާނަ ކުރުމުގައި ނަމަވެސް، އެ ކޯޓަށް ކުށެއް ހެދިފައި އޮތުމެވެ. ނުވަތަ ނިންމުމުގެ ކުރިއަށް އިޖުރާއީ އައިބެއް ކުރިމަތި ވުމެވެ. މިއިން ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް، ޢާންމު ގޮތެއްގައި އެކަން ކޯޓުގެ ނިންމުމުން ފެންނަން އޮންނާނެ އެވެ. ނުވަތަ އެކަމަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބިފައި އޮންނާނެ އެވެ. މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިދާނެ ހާލަތްތައް ތަފުސީލު ކުރަމުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މައިނަރ އިންޓަރނޭޝަނަލް (ލަބުއާން) ލިމިޓެޑް މައްސަލައިގައި ފާޅުކުރި ރައުޔެވެ. މި އުސޫލު ސުޕްރީމް ކޯޓުން އެތައް މައްސަލައެއްގައި އެއް ގޮތަކަށް ފާހަގަ ކޮށްފައިވާކަން ވެސް އަހުރެން ފާހަގަ ކުރަމެވެ.
56މި މައްސަލައަކީ ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބަލަމުންދާ މައްސަލައެއް ކަމުގައި ވާތީ، މި މައްސަލައިގައި ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފު ކަމުގައި ބެލެވޭ ސަބަބުތައް ވާންޖެހޭނީ އެ ސަބަބުތަކާމެދު ހައިކޯޓުގައި ވާހަކަ ދެކެވި އެ ކޯޓުގެ ފަނޑިޔާރުންނަށް އެ ސަބަބުތަކާމެދު އެއްޗެއް ބުނުމުގެ ފުރުސަތު (2) ޙުކުމް ކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރަކީ އެ މައްސަލައެއް ބެލުމަށް ޝަރުއީ ނުވަތަ ޤާނޫނީ ގޮތުން ހުރަސް އަޅާ ފަދަ ސަބަބެއް މެދުވެރި ވެފައިވާ ފަނޑިޔާރަކު ކަމުގައިވުން. (3) ކޯޓުގެ ސިއްކަ ޖަހަންޖެހޭ ލިޔުމެއްގައި އެ ސިއްކަ ޖަހާފައި ނެތުން، ނުވަތަ ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރެއްގެ ސޮއި ނެތުން. (4) ޙުކުމުގެ ނުވަތަ ނިންމުމުގެ ސަބަބުތައް ބަޔާންވެފައި ނެތުން" ލިބިފައިވާ ސަބަބުތަކަށެވެ. ކަންމިހެން އޮތުމުން އަހުރެން މި އެނބުރިލަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާ އާ ޙަވާލާދީ އެއްބަސްވުން ބާޠިލު ކުރުމަށް މެދުވެރިވި ސަބަބުތަކަކީ ދައުލަތުން ދީބާޖާއަށް ދީފައިވާ ލުއިތަކެއް ކަން ދޭހަވާ މޭރުމަކުން ހައިކޯޓުގައި ނުވަތަ ސިވިލް ކޯޓުގައި ދެކެވިފައިވާ ކަން ނުވަތަ ނޫންކަން ބެލުމަށެވެ.
ސިވިލް ކޯޓުގެ މަރުޙަލާ
57ސިވިލް ކޯޓުގައި ދީބާޖާގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގައި އެއްބަސްވުން ބާޠިލު ކުރުމަށް މެދުވެރިވި ސަބަބުތަކަކީ، ދައުލަތުން ދީބާޖާއަށް ދީފައިވާ ލުއިތަކެއް ކަމުގައި ދީބާޖާގެ ފަރާތުން ބުނެފައި ނުވެއެވެ. ނުވަތަ އެ ފަދަ މޭރުމަކުން ދޭހަވާ ގޮތަކަށް ވެސް އެ ކުންފުނީގެ ފަރާތުން ސިވިލް ކޯޓުގައި ވާހަކަ ދެކެވިފައި ނުވެއެވެ. ނަމަވެސް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާ އާ ޙަވާލާދީ، އެއްބަސްވުމާ އެއްގޮތަށް ދައުލަތުން ދީބާޖާއަށް ޙަވާލު ކުރަންޖެހޭ ބިންތައް ޙަވާލު ނުކޮށް ދިގު ދެމިގެންދާ ދިއުމަށް، ދީބާޖާގެ ފަރާތުން ދައުލަތަށް އެއްވެސް ލުޔެއް ދީފައި ނުވާނެ ކަމުގައި ދީބާޖާގެ ފަރާތުން ސިވިލް ކޯޓަށް 15 ޖުލައި 2014 ގައި ހުށަހެޅި ބަޔާނާއި، އެ ކުންފުނީގެ ފަރާތުން 25 ސެޕްޓެމްބަރ 2014 ގައި އެ ކޯޓަށް ހުށަހެޅި ޚުލާޞާ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.
58ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާ އާ ޙަވާލާދީ ސިވިލް ކޯޓުގައި ދައުލަތުން ވާހަކަ ދައްކާފައި ވަނީ 31 އޮގަސްޓް 2014 ގައެވެ. އެ ތާރީޚުގައި ދައުލަތުން ފެރީގެ ޚިދުމަތް މެދުކެނޑުމާ ގުޅިގެން ދީބާޖާއަށް އެއްވެސް ލުޔެއް ދީފައި ނުވާނެ ކަމުގައި ބުނެފައި ވެއެވެ.
59ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާ އާ ގުޅިގެން ކޮންޓްރެކްޓް ބާޠިލު ކުރުމުގައި އެއްފަރާތުން އަނެއް ފަރާތަށް ލުޔެއް ދިނުމާބެހޭ ގޮތުން ސިވިލް ކޯޓުގައި އެކަށީގެންވާ ވާހަކައެއް ދެފަރާތުންވެސް ދައްކާފައިވާތީ ލިޔުންތަކުން ފެންނަން ނެތެވެ. މިކަން މިހެން އޮތުމުގެ ސަބަބުން ކުރި ޙުކުމުގައި ވެސް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާ އާ ޙަވާލާދީ، ނުވަތަ އެ ނޫންވެސް މޭރުމަކުން އެއްބަސްވުމުގެ ބައިވެރިއަކު އަނެއް ބައިވެރިއަކަށް ދިން ދުލެއް ނުވަތަ ލުޔަކާމެދު ބަހުސްކޮށް، އެފަދަ ކަމަކާ އެއްބަސްވުން ބާޠިލު ކުރި ކުރުމާމެދު ހުރި ގުޅުމެއްގެ ވާހަކަ ފަދަ އެއްވެސް ވާހަކައެއް ބަޔާން ކޮށްފައި ނުވެއެވެ.
ހައިކޯޓުގެ މަރުޙަލާ
60ދެން އޮތީ ހައިކޯޓުގައި ކަންތައް ހިނގައިދިޔަ ގޮތުގެ ވާހަކަ އެވެ. ހައިކޯޓުގައި މި މައްސަލައިގައި ތަފާތު ހަތަރު ދުވަހެއްގެ މަތިން ދީބާޖާގެ ފަރާތުން ވާހަކަ ދައްކާފައި ވެއެވެ. މިއިން އެއްވެސް ދުވަހެއްގައި ދައުލަތުން އެއްބަސްވުން ބާޠިލު ކުރުމުގައި ބަރޯސާވި ކަންކަމަކީ، ނުވަތަ އެއިން އެއްވެސް ވާޤިޢާއަކީ ދައުލަތުން ދީފައިވާ ލުޔެއްކަން ދޭހަވާ މޭރުމަކުން ވާހަކަ ދައްކާފައި ނުވެއެވެ. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާ ޙަވާލާދީ އެއްވެސް ވާހަކައެއް ދީބާޖާގެ ފަރާތުން ހައިކޯޓުގައި ދައްކާފައި ނުވެއެވެ.
61ދީބާޖާއަކީ ހައިކޯޓުގައި އިސްތިއުނާފު ރައްދުވި ފަރާތަށް ވީނަމަވެސް، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާ އާ ޙަވާލާދީ ދައުލަތުން ދީބާޖާއަށް ލުޔެއް ދީފައިވާ ނަމަ، އެ ވާހަކަ އެއް ދެއްކުމުގެ ފުރުސަތު ހައިކޯޓުގައި އޮތެވެ. އެހެނީ ދައުލަތުގެ މުޅި އިސްތިއުނާފު ބިނާވެފައި އޮތީ ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުން ބާޠިލުކުރުމުގެ ޞައްޙަ ކަމާމެދު ގައެވެ. ކަންމިހެން އޮތުމުން މިއީ، ހައިކޯޓުގައި ފާހަގަ ކުރުމުގެ ފުރުސަތު ދީބާޖާއަށް ލިބިފައިނުވާ ޤާނޫނީ މާއްދާއެއް ނޫނެވެ. އަދި ހައިކޯޓުގެ ނިންމުމުގެ މައްޗަށް ބިނާކޮށް އަލުން ފާހަގަ ކުރެވޭނެ ވާހަކައެއް ވެސް ނޫނެވެ. އެހެނީ ހައިކޯޓުގެ ނިންމުމުގައި ވެސް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާ ޙަވާލާދީ ނުވަތަ ޙަވާލާ ނުދީ، ރިޢާޔަތް ކުރުމެއް ނެތި ނަމަވެސް އެއްފަރާތުން އަނެއް ފަރާތަށް ދިންކަމަށް ބެލެވޭ ލުޔެއް، ދުލެއްގެ ވާހަކަ ބަޔާން ވެފައި ނުވެއެވެ. ކަންމިހެން އޮތުމުން އިސްތިއުނާފީ 05 ވަނަ އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ބަލައިގަނެވޭނެ ނުކުތާއެއް ކަމުގައި އަހުރެން ނުދެކެމެވެ. އެހެން ނަމަވެސް ބަހުސްގެ ބޭނުމަށް ދެތިން ކަމެއް ފާހަގަ ކޮށްލަމެވެ.
16 މެއި 2013 ގެ ސިޓީގެ ޠަބީޢަތް
62ދަތުރުފަތުރުގެ އެއްބަސްވުން ދެމި އޮތުމަށްޓަކައި 16 މެއި 2013 އިން ފެށިގެން ވަކި ކަންތައްތަކެއް ފުރިހަމަ ކުރުމަށް ދައުލަތުން ދީބާޖާއަށް އަންގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނުން އެ ދުވަހު ފޮނުވި ސިޓީއަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގައި ބުނެފައިވާ ފަދަ ލުޔެއް ކަމުގައި ދީބާޖާގެ ފަރާތުން ތަކުރާރުކޮށް ބުނެފައި ވެއެވެ. ސުވާލަކީ އެއީ ދީބާޖާއަށް ދީފައިވާ ލުޔެއް ހެއްޔެވެ؟ ނުވަތަ އެ ސިޓީގެ ޠަބީޢަތަކީ ކޮބައި ހެއްޔެވެ؟
63އެއްބަސްވުމުގެ ބައިވެރިއެއް، އެ ފަރާތަށް އެއްބަސްވުމުގެ ދަށުން ލިބިފައިވާ ޙައްޤެއް ދޫކޮށް، އަނެއް ފަރާތަށް ލުޔެއް ދޭ ދިނުމުގެ ޠަބީޢަތާމެދު މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ވ. ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން) މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދު ފާހަގަ ކުރައްވާފައިވާ އިބާރާތް މި ތަނުގައި ނަކަލު ކޮށްލަމެވެ. "ކޮންޓްރެކްޓުގައިވާ ހައްގެއް ދޫކޮށްލީ ކަމަށް ބެލެވޭނީ އެ ހައްގު ދޫކޮށްލީ އެ ހައްގު ދޫކޮށްލި ފަރާތަށް އެކަން އެނގިހުރެ އަމިއްލަ ރުހުމުގައި އެ ހައްގު ދޫކޮށްލުމުގެ ނިޔަތުގައިކަން ދޭހަވާ ނަމައެވެ. ހައްގެއް ދޫކޮށްލީކަމަށް އެ މައްސަލައެއްގައި ހިމެނޭ ވާގިއާތަކަށް ބިނާކޮށް އެހާ ފަސޭހައިން އިފްތިރާޟު ކޮށްގެން ނުވާނެއެވެ. އެ ހައްގު ދޫކޮށްލުމުގެ ނިޔަތް އޮތްކަން އެ މައްސަލައިގެ ވާގިއާތަކުން ފާޅުވެ އެނގެން ޖެހޭނެއެވެ. އެހެންކަމުން ހައްގެއް ދޫކޮށްލީކަން ނުވަތަ ނޫން ކަމަކީ އާޚިރުގައި ވާގިއީ ސުވާލެކެވެ.
64ކަންމިހެން އޮތުމުން މި ސިޓީއަކީ ދީބާޖާއަށް ދީފައިވާ ލުޔެއް ކަން ނުވަތަ ނޫންކަން ދެނެގަތުމުގައި ރުޖޫޢަވާން ޖެހޭނީ މައްސަލައިގައި ކަންހިނގާފައިވާ ގޮތް ނުވަތަ ވާޤިޢާ ތަކަށެވެ. މި ވާޤިޢާ ތަކަށް ދިއުމުގެ ކުރިން އަދިވެސް މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ވ. ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން) މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދު ފާހަގަ ކުރައްވާފައިވާ އެހެން އުސޫލަކަށް ރުޖޫޢަ ވަމެވެ. މިއީ ލުޔެއް ދިފައިވާކަން ދެނެގަތުމާމެދު ފަނޑިޔާރު ފާހަގަ ކުރައްވާފައިވާ ކަމެކެވެ. އެ މައްސަލައިގައި ފަނޑިޔާރު ފާހަގަ ކުރައްވާފައި ވެއެވެ. "ކޮންޓްރެކްޓުގައިވާ ކަމެއް ދޫކޮށްލީކަމަށް ކޮންޓްރެކްޓުގެ ބައިވެރިއެއްގެ އަމަލުން ދޭހަ ކުރެވިދާނެއެވެ. ނަމަވެސް އެގޮތަށް ދޭހަކުރެވޭ ދޭހަކުރުމަކީ އެއްވެސް އޮޅުމެއްނެތި ސާފުކޮށް ކުރެވޭ ދޭހަކުރުމަކަށް ވާންޖެހޭނެއެވެ. ކޮންޓްރެކްޓުގައިވާ ކަމެއް ދޫކޮށްލީކަމަށް ކޮންޓްރެކްޓުގެ ބައިވެރިއެއްގެ އަމަލުން ދޭހަކުރުމުގައި އެ އަމަލުން ދެ މާނައެއް ނެގިގެން ނުވާނެއެވެ. އެ އަމަލުން ނެގެންޖެހޭނީ އެންމެ މާނައެކެވެ. އެއީ ކޮންޓްރެކްޓުގައިވާ ކަމަށް ދުލެއް ދިނުމުގެ ނުވަތަ މައާފުކުރުމުގެ މާނައެވެ.
65މި ބަޔާންކުރި އުސޫލުތައް މި މައްސަލައަށް ތަޠުބީޤު ކުރުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީއިން ފޮނުވާފައިވާ ސިޓީއަށް ބަލާއިރު އަހުރެންނަށް؛
65.1 އެންމެ ފުރަތަމަ ފާހަގަވަނީ، ޓްރާންސްޕޯޓް މިނިސްޓްރީގެ ސިޓީގައި އެއްބަސްވުމާ އެއްގޮތަށް ދެމުންއައި ދަތުރުފަތުރުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން އެ ޚިދުމަތް ހޯދާ ފަރާތްތަކުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބެމުން އަންނަކަން ފާހަގަ ކުރުމަށްފަހު، ދީބާޖާއާ ބައްދަލުކޮށް، ޚިދުމަތް ފެށޭނެ މުއްދަތުތަކެއް ކަނޑައެޅުނު ނަމަވެސް، ޚިދުމަތް އަލުން ނުފެށޭކަން ފާހަގަ ކޮށްފައިވާ ކަމެވެ.
65.2 ދެވަނައަށް ދަތުރުފަތުރުގެ ޚިދުމަތް އަލުން ފެށުމަށް ހުރި ހުރަސްތަކާބެހޭ ގޮތުން 2013 އޭޕްރިލް 29 ވަނަ ދުވަހާއި 2013 މެއި 14 ވަނަ ދުވަހު ދީބާޖާއާއެކު އެ މިނިސްޓްރީގައި ބައްދަލުވުންތަކެއް ބޭއްވުނު ކަމާއި، އެ ބައްދަލުވުންތަކުގައި ވާހަކަ ދެކެވިފައިވާ ގޮތަށް ދަތުރުފަތުރުގެ ޚިދުމަތް ކުރިއަށް އޮތް 01 (އެކެއް) ހަފުތާގެ ތެރޭގައި ފެށުމަށް އެ މިނިސްޓްރީން އެދިފައިވާކަން ފާހަގަ ކުރެވެއެވެ.
65.3 ތިންވަނައަށް ފާހަގަ ކުރެވެނީ، މި ސިޓީގެ އެންމެ ފަހު ޕެރެގްރާފެވެ. މި ޕެރެގްރާފުގައި އޮތީ، "އަދި އުތުރު ސަރަހައްދުގެ ދަތުރުފަތުރުގެ އެގްރިމެންޓް ދެމިއޮތުމަށް 01 (އެކެއް) ހަފުތާގެ ތެރޭގައި ދަތުރުފަތުރުގެ ޚިދުމަތް އަލުން ފައްޓަވައި ކުރިއަށް ގެންދަންޖެހޭ ކަމުގައި ދަންނަވަމެވެ." މި ޢިބާރާތެވެ.
66މި ބަޔާންކުރި ކަންކަމަށް ބަލާއިރު، ޓްރާންސްޕޯޓް މިނިސްޓްރީއިން އެއްބަސްވުމުގެ ދަށުން އެ މިނިސްޓްރީއަށް ލިބިގެންވާ ޙައްޤުތަކުގެ ތެރެއިން ޙައްޤެއް ދޫކޮށްލީ ކަމުގައި (waive) ކުރީކަމުގައި ބަޔާން ކޮށްފައި ނުވެއެވެ. އަދި ވަކިން ޚާއްޞަކޮށް، ދީބާޖާއިން އިޝާރާތްކުރި ވަގުތުން އެއްބަސްވުން ނިމުމަކަށް ގެނައުމަށް އެއްބަސްވުމުގައި ބަޔާން ވެފައިވާ ޙައްޤު ދޫކޮށްލިކަން މި ސިޓީއިން ދޭހަ ނުވެއެވެ. އަދި ކިއެއްތަ މި ސިޓީގެ އެންމެ ފަހު ޕެރެގްރާފުން ދޭހަވަނީ، އެއްބަސްވުން ނިމުމަކަށް ގެނަންޖެހޭ ފަދަ ހާލަތެއް ކުރިމަތި ވެއްޖެނަމަ، އެއްބަސްވުން ނިމުމަކަށް ގެނައުމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ބޭނުންވާ ކަމެވެ. އަދި މި ސިޓީއަކީ، ނޯޓިހެއް ނުދީ އެއްބަސްވުން ބާޠިލު ކުރެވޭނެ އެތައް ހާލަތެއް މެދުވެރިވެ، އެ ކަންކަން ފުރިހަމަ ކުރުމަށް މަޝްވަރާ ކުރެވި، ސިޓީބިޓީތައް ބަދަލު ކުރެވި، ދަތުރުފަތުރުގެ ޚިދުމަތް އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުގެންދިއުމުގެ ސަބަބުން އެއްބަސްވުން ނިމުމަކަށް ގެނައުމަށް ފޮނުވާފައިވާ ސިޓީއެއް ކަމެވެ.
67ކަންމިހެން އޮތުމުން މިއީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައި ބަޔާން ވެފައިވާ ފަދައިން ދީބާޖާއަށް ދައުލަތުން ދީފައިވާ ދުލެއް ނުވަތަ ލުޔެއް ކަމުގައި އަހުރެންނަށް ނުފެނެއެވެ. އަދި މިއީ އެ އަކުރުގެ ފަހު ފޮޅުވަތުގައިވާ "އެހެން ގޮތަކަށް ޢަމަލުކުރުމަށް އެއްބަސް" ވެފައިވާ އެއްބަސްވުމެއް (variation) ވެސް ނޫނެވެ. އެހެނީ އެ ފަދަ އެއްބަސްވުމެއް ނަމަ، ދަތުރުފަތުރުގެ އެއްބަސްވުމުގެ 6.23 ވަނަ މާއްދާގައިވާ ފަދައިން ދެ ފަރާތުންމެ މިކަމަށް ލިޔުމުން އެއްބަސްވެ، ސޮއިކޮށް އެ މާއްދާގައި ބުނާ ޝަރުޠު ފުރިހަމަވެފައި އޮންނަން ވާނެއެވެ. ނަމަވެސް އެ ކަންކަމެއް މި ސިޓީއިން ފުރިހަމަ ނުވެއެވެ.
68ޓްރާންސްޕޯޓް މިނިސްޓްރީގެ މި ސިޓީއަށް ބަލާއިރު، އަހުރެންނަށް މި ސިޓީން ދޭހަވަނީ މިއީ ދީބާޖާގެ ފަރާތުން އެއްބަސްވުމާ އެއްގޮތަށް ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދެމުން ނުދާތީ، އަލުން އެ ދަތުރުތައް އަލުން ފެށުމަށް؛ އެހެން ގޮތަކަށް ބުނާނަމަ، މިއީ ދީބާޖާގެ ފަރާތުން ކަންކަން ރަނގަޅު ކުރުމަށް ދީފައިވާ ނޯޓިހެއް (Cure Notice) ކަމުގައެވެ. އަދި ދައުލަތް ވ. ވިލާ އެއަރ މައްސަލައިގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ފަދައިން އެއްބަސްވުމުގެ ބައިވެރިޔަކު ކޮންޓްރެކްޓާ ޚިލާފުވި ނަމަވެސް، ކޮންޓްރެކްޓާ ޚިލާފު ނުވާ ފަރާތުން، ޚިލާފުވި ފަރާތަށް ކޮންޓްރެކްޓާ އެއްގޮތަށް ޢަމަލު ކުރުމަށް އަންގާފައިވާ އެންގުމެއް ކަމުގައެވެ. މިފަދަ އެންގުމަކާ އެއްގޮތަށް ކޮންޓްރެކްޓާ ޚިލާފުވި ފަރާތުން ޢަމަލު ނުކޮށްފިނަމަ، އެ ކޮންޓްރެކްޓް ނިމުމަކަށް ގެނައުމުގެ ބާރު ކޮންޓްރެކްޓާ ޚިލާފު ނުވާ ފަރާތަށް ލިބިގެންވާ ކަމުގައި އެ މައްސަލައިގައި ކަނޑައަޅާފައި ވެއެވެ. ތިރީގައި މިވަނީ އެ މައްސަލައިގައި ސުޕްރީމް ކޯޓުން ފާހަގަ ކޮށްފައި އޮތް ޢިބާރާތެވެ. އެ މާއްދާގައި އޮތް ޢިބާރާތް ތިރީގައި މިވަނީއެވެ. “The parties acknowledge that there may, in addition to the reviews provided for the clause 4.3, be changes to the conditions and requirements, applying to a service or otherwise to this contract during the term of this contract. The parties agree to meet, discuss endeavour to negotiate in good faith any changes which are proposed by either party. Any changes to that are mutually agreed will be placed in writing and signed by or on behalf of each party.” "ކޮންޓްރެކްޓާ ޚިލާފުނުވާ ފަރާތުން ކޮންޓްރެކްޓުގެ އަނެއް ފަރާތަށް ކޮންޓްރެކްޓާ އެއްގޮތަށް އަމަލުކުރަން އަންގައިފިނަމަ، އެ ޚިލާފާ އެކުވެސް އެ ކޮންޓްރެކްޓަށް އަމަލުކުރަން ކޮންޓްރެކްޓާ ޚިލާފުނުވާ ފަރާތުން ބޭނުން ވަނީކަން އެނގެއެވެ. އެހެން އިބާރާތަކުން ބުނާ ނަމަ، އެ ޚިލާފު އެ ފަރާތުން ގަބޫލުކޮށް އެ ޚިލާފު އޮތުމާއެކުވެސް ކޮންޓްރެކްޓައިގެން ކުރިއަށް ދާން ބޭނުންވަނީ ކަން އެނގެއެވެ. ނަމަވެސް އެ އެންގުމާ އެއްގޮތަށް ޚިލާފުވީ ފަރާތުން އަމަލުނުކުރި ނަމަ އެ ކޮންޓްރެކްޓު ނިމުމަކަށް ގެނައުމުގެ ބާރު ޚިލާފުނުވާ ފަރާތަށް ލިބިގެންވެއެވެ.
69މި ހިސާބުން ދެ ސުވާލެއް ކުރިމަތި ކުރަމެވެ. ފުރަތަމަ ސުވާލަކީ، މިފަދަ ނޯޓިހެއް ޓްރާންސްޕޯޓް މިނިސްޓްރީއަށް ދެވިދާނެ ހެއްޔެވެ؟ އަދި މި ސުވާލުގެ ޖަވާބަކީ އާނއެކޭ ނަމަ، އެކަމުގެ މައްޗަށް ދެން ތަރުތީބު ވާނީ ކޮންކަމެއް ހެއްޔެވެ؟ ކަމެއް ރަނގަޅު ކުރުމަށް ފުރުސަތެއް ދެވިދާނެތަ؟
70ދަތުރުފަތުރުގެ އެއްބަސްވުމަށް ބަލާއިރު، އެއްބަސްވުމާ ގުޅިގެން އެއްބަސްވުމުގެ އެއްބައިވެރިޔަކު އަނެއް ބައިވެރިޔަކަށް ފޮނުވަންޖެހޭ ނުވަތަ ފޮނުވުން ހުއްދަކުރާ ނޯޓިސް ފޮނުވުމާއި، ކުރަންޖެހޭ ނުވަތަ ކުރުން ހުއްދަ މުޢާމަލާތްތައް ކުރާނެ ގޮތުގެ ތަފުސީލުތައް އެއްބަސްވުމުގެ 6.31 ގައި ބަޔާން ވެފައިވެ އެވެ. މި މާއްދާގައި ބަޔާން ވެފައިވާ އެއްވެސް ކަމެއް މި ސިޓީގައި ފުރިހަމަ ނުވާ ކަމުގައި ބުނެ އެކަމުގެ ބަހުސެއް މި މައްސަލައިގައި އުފެދިފައި ނުވެއެވެ.
71އެއްބަސްވުމުގައި ބަޔާން ވެފައިވާ މައްސަލަތައް ހައްލު ކުރުމާބެހޭ މާއްދާތައް (އެއްބަސްވުމުގެ 6.30 ވަނަ މާއްދާގައި ބަޔާންވެފައިވާ ކަންކަން) އެކުއެކީގައި ކިޔާއިރު، އެއްބަސްވުމުގައި ސަރީހަކޮށް 53 ފަނޑިޔާރު ޙުއްސްނުއްސުޢޫދުގެ ރައުޔު، ޕެރެގްރާފް 36 54 އެ މާއްދާގައި އޮތީ އަންނަނިވި ޢިބާރާތެވެ. އެ ޢިބާރާތް އެ އޮތީ އެއްބަސްވުމުގައި އޮތް ގޮތަށް (ޑީ) އިން (އެފް) އަށެވެ. (ޑީ) ގެ ކުރިއަށް އިތުރު އަކުރުތަކެއް ނެތެވެ. “A notice or other communication required or permitted to be given by a party to another shall be in written and: (d) delivered personally to the address of the recipient stated below; (e) properly addressed to the recipient as stated below and posted, postage pre-paid; or (f) sent by facsimile transmission.” އެކަމަކާބެހޭ ގޮތުން ވާހަކަ ދައްކައި މައްސަލަ ހައްލު ކުރުމަށް ހުރަސްއަޅާ ކަމަށް ބަޔާން ކޮށްފައި ނުވާ ކޮންމެ ކަމެއްގެ މައްޗަށް އެ މާއްދާތައް ހިނގާނެ ކަމުގައި ބަޔާން ވެފައިވެ އެވެ. އަދި މި މާއްދާތަކުގައި، ދެ ފަރާތުންމެ ހެޔޮ ނިޔަތުގައި، ލަސްކުރުމެއްނެތި، މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރަންވާނެ ކަމުގައި ބަޔާން ކޮށްފައިވެ އެވެ.
72މައްސަލަތައް ހައްލު ކުރުމާގުޅޭ މާއްދާތަކާއި، ވަގުތުން އެއްބަސްވުން ނިމުމަކަށް ގެނައުމާ ގުޅޭ މާއްދާތައް އެކުއެކީގައި ކިޔާއިރު، ވަގުތުން އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ކުރިން، އެއްބަސްވުމާ ގުޅިގެން އުފެދޭ މައްސަލައެއްގައި އެއްބަސްވުމުގައިވާ ގޮތުގެ މަތިން މައްސަލަ ހައްލު ކުރުމުގެ އިޖުރާއަތުގެ ބޭނުން ހިފުމަށް އެއްބަސްވުން ހުރަސް އަޅާކަމުގައި ނުބެލެވެއެވެ.
73މި އުސޫލުން ބަލާއިރު، 16 މެއި 2013 ގައި ޓްރާންސްޕޯޓް މިނިސްޓްރީއިން ފޮނުވާފައިވާ ސިޓީއަކީ، އެއްބަސްވުމާ ގުޅިގެން އުފެދުނު މައްސަލަތަކާމެދު އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި ދެކެވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށް ފޮނުވާފައިވާ، ސިޓީއެއްކަން އެނގެއެވެ. އަދި މި ސިޓީ ފޮނުވުމަށް އެއްބަސްވުމުގައި ހުރަހެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ. އަދި މި ސިޓީގައި މި ސިޓީ ފޮނުވުމުގެ ބޭނުމާއި، މި ސިޓީ ފޮނުވުމުން ދީބާޖާގެ ފަރާތުން ކުރަން ޖެހޭނީ ކޮން ކަމެއްކަމާއި، އެކަންކަން ދީބާޖާގެ ފަރާތުން ނުކޮށްފިނަމަ އެއިގެ ނަތީޖާއަކީ ކޮބައިކަން ސާފުކޮށް ބަޔާން ކޮށްފައިވާކަން އެނގެއެވެ. ޓްރާންސްޕޯޓު މިނިސްޓްރީގެ ހުށަހެޅުމަށް ޢަމަލު ކުރެވިދާނެތަ؟
7416 މެއި 2013 ގައި ޓްރާންސްޕޯޓް މިނިސްޓްރީއިން "...ވާހަކަ ދެކެވިފައިވާ ގޮތަށް ދަތުރުފަތުރުގެ ޚިދުމަތް ކުރިއަށް އޮތް 01 (އެކެއް) ހަފުތާގެ ތެރޭގައި ފައްޓަވައި ދެއްވުން" މަށާއި، "ދަތުރުފަތުރުގެ އެއްބަސްވުން ދެމިއޮތުމަށްޓަކައި 01 (އެކެއް) ހަފުތާގެ ތެރޭގައި ދަތުރުފަތުރުގެ ޚިދުމަތް އަލުން ފައްޓަވައި ކުރިއަށް ގެންދަންޖެހޭ" ކަމުގައި ބަޔާންކޮށް ފޮނުވާފައިވާ ސިޓީއަކީ އެ މިނިސްޓްރީއިން ހުށަހަޅާފައިވާ ހުށަހެޅުމެކެވެ. އެ ހުށަހެޅުމާ އެއްގޮތަށް ޢަމަލު ނުކޮށްފިނަމަ، ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުން ދެމި ނުއޮންނާނެ ކަން ސިޓީގެ ފަހު ޕެރެގްރާފުން ސާފުކޮށް ދޭހަވެއެވެ. މިކަމުން ދޭހަވާ އިދިކޮޅު މާނައަކީ، މި ސިޓީއާ އެއްގޮތަށް ދަތުރުފަތުރުގެ ޚިދުމަތް ދީ، ސިޓީގައިވާ ކަންކަން ފުރިހަމަ ކޮށްފިނަމަ، އެއްބަސްވުން ދެމި އޮންނާނެ ކަމެވެ.
75މި ސިޓީއަކީ އެއްބަސްވުން ދަންނަ، އެއްބަސްވުމުގެ މާއްދާތަކުން އެއްބަސްވުމުގެ ބައިވެރިންނަށް ލިބިފައިވާ ހައްގުތަކާއި އިމްތިޔާޒުތަކުގެ ތެރެއިން ފޮނުވާފައިވާ ސިޓީއެއް ކަމުގައިވާތީ، މި ސިޓީގައިވާ މުއްދަތު ގުނުމުގައި ރުޖޫޢަވާންޖެހޭނީ އެއްބަސްވުމުގައި މުއްދަތު ގުނުމަށް އުސޫލެއް، މިންގަނޑެއް ބަޔާންވެފައިވާނަމަ، އެ އުސޫލެއް ނުވަތަ އެ މިންގަނޑަކަށެވެ.
76އެއްބަސްވުމުގެ 6.29 ވަނަ މާއްދާއަކީ، އެއްބަސްވުމުގެ މައްޗަށް ހިނގާނެ ޤާނޫނާއި، މިންގަނޑުތައް ބަޔާންކޮށްފައިވާ މާއްދާއެވެ. އެ މާއްދާގައި އޮތީ އަންނިވި ޢިބާރާތެވެ. This contract shall be governed by and constructed in accordance with the laws, regulations and standards in force in the republic of Maldives. މި އެއްބަސްވުމުގެ މައްޗަށް ހިނގާނީ، އަދި މި އެއްބަސްވުން ތަރުޖަމާ ކުރަންވާނީ، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާއި، ރާއްޖޭގައި ޢަމަލުކުރާ މިންގަނޑުތަކާ އެއްގޮތަށެވެ.
77ރާއްޖޭގައި ހަފުތާ ގުނުމުގައި ޢާންމު ގޮތެއްގައި ޢަމަލުކުރާ މިންގަނޑަކީ އާދީއްތަ ދުވަހުން ހަފުތާ ފަށައި، ހުކުރު ހޮނިހިރުން ހަފުތާ ނިންމައި، ޖެހިގެން އަންނަ އާދީއްތަ ދުވަހުން އަނެއް ހަފުތާ ފެށުމެވެ. މިއީ ރާއްޖޭގެ ތަޢުލީމީ ނިޒާމާއި، ސަރުކާރުގެ އޮފީސްތަކުގެ ޚިދުމަތް ދިނުމުންފަދަ ގިނަބަޔަކު ޝާމިލުވާ ކަންކަމުގައި ހަފުތާ ގުނުމުގައި ރާއްޖޭގައި ގެންގުޅޭ ޢާންމު މިންގަނޑެވެ. ވުމާއެކު މިއީ މި އެއްބަސްވުމުގެ ދަށުން ދުވަސްތައް ގުނުމުގައި އަހުރެން އިޚްތިޔާރު ކުރާނެ މިންގަނޑެވެ. އަދި މި މިންގަނޑަކީ އެއްބަސްވުމުގެ ބައިވެރިން ވެސް ދުވަސް ގުނުމުގައި ގެންގުޅެފައިވާ މައްސަލައިގެ ވާޤިޢާތަކުން އެނގެއެވެ. އަހުރެން މި އިޝާރާތް ކުރަނީ، 2013 މެއި 16 ވަނަ އަށްވ ބުރާސްފަތި ޓްރާންސްޕޯޓް މިނިސްޓްރީއިން އެއްބަސްވުން ދެމިއޮތުމަށްޓަކައި އެއް ހަފުތާގެ މުއްދަތުގައި ވަކި ކަންތައްތަކެއް ކުރުމަށް އަންގައި، ފޮނުވި ސިޓީއާ ގުޅިގެން ދީބާޖާގެ ފަރާތުން އެ ސިޓީއާ ގުޅިގެން 2013 މެއި 23 ވީ ބުރާސްފަތި ދުވަހާއި، 25 ވީ ހޮނިހިރު ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީއަށް ދީބާޖާގެ ފަރާތުން ސިޓީ ފޮނުވާފައިވާ ފޮނުވުމަށެވެ. މިހެން ކަމުން އެއް ހަފުތާގެ މުއްދަތު އެ ކުންފުނީގެ ފަރާތުން ވަޒަންކޮށްފައިވާ ގޮތް ސާފުވެއެވެ.
78މި އުސޫލު މި މައްސަލައަށް ތަޠުބީޤު ކުރުމަށް ބަލާއިރު، ވާހަކަ ދެކެވޭ ސިޓީ ޓްރާންސްޕޯޓް މިނިސްޓްރީއިން ދީބާޖާއަށް ފޮނުވާފައި މި ވަނީ، 2013 މެއި 16 ވީ ބުރާސްފަތި ދުވަހުގައެވެ. އެ ދުވަހާ ވިދިގެން އައި 17 ވީ ހުކުރު ދުވަހާއި، 18 ވީ ހޮނިހިރު ދުވަހަކީ ސިޓީ ފޮނުވި ހަފުތާގެ ހަފުތާ ބަންދު ދެ ދުވަހެވެ. މި ދެ ދުވަސް ނިމުމުން އެ ހަފުތާ ނިމުނީއެވެ. ޖެހިގެން އޮންނަ ނުވަތަ ކުރިއަށް އޮތް ހަފުތާގެ ހަފުތާ ފެށޭނީ 19 ވާ އާދިއްތަ ދުވަހުގައެވެ. އެ ހަފުތާ ނިމޭނީ އެ ހަފުތާގެ، ހަފުތާ ބަންދު ފަހު ދުވަސް ނިމޭ، މެއި 25 ވާ ހޮނިހިރު ދުވަސް ނިމުމުންނެވެ. ކަންމިހެން އޮތުމުން ދެން ބަލަންޖެހޭނީ 19 މެއި 2013 އިން ފެށިގެން 25 މެއި 2013 ގެ ނިޔަލަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ރަނގަޅު ކުރުމަށް ހުށަހެޅި ކަންކަން ދީބާޖާގެ ފަރާތުން ރަނގަޅު ކުރިކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ.
7916 މެއި 2013 ގެ ސިޓީގެ ޖަވާބު ދީބާޖާގެ ފަރާތުން 23 މެއި 2013 ގައި ސިޓީއަކުން ޓްރާސްޕޯޓް މިނިސްޓްރީއަށް ދީފައިވެއެވެ. އެ ސިޓީގައި އޮތީ، "އުތުރު ޕްރޮވިންސްގެ ދަތުރުފަތުރު އަލުން ފެށުމަށް ތިޔަ މިނިސްޓްރީ އާއި އަދި އުތުރު ޕްރޮވިންސްގެ އަތޮޅު ކައުންސިލާއެކު 20 މެއި 2013 ގައި ބޭއްވުނު ބައްދަލުވުމުގައި ނިންމާފައިވާ ގޮތުގެ މަތިން 26 މެއި 2013 ގައި ޓެމްޕޮރަރީ ސެޓަޕެއްގެ ދަށުން ދަތުރުތައް މޫސުން ތަންދޭ ނަމަ ފަށާނެ ވާހަކަ ދަންނަވަމެވެ." މި ފަދައިންނެވެ. މި ސިޓީއަށް ބަލާއިރު، މިއީ، 16 މެއި 2013 ގެ ސިޓީގައި ރަނގަޅު ކުރުމަށް ހުށަހެޅި ކަންކަން ރަނގަޅު ކުރުމުގެ ބަދަލުގައި، ނުވަތަ އޭގެ ރައްދުގައި އައިސްފައިވާ އިތުރު ހުށަހެޅުމެވެ. ނުވަތަ ކައުންޓަރ އޮފަރއެކެވެ. މި ހުށަހެޅުން ޓްރާންސްޕޯޓް މިނިސްޓްރީން ޤަބޫލުކުރި ނަމަ، އެ ހިސާބުން 16 މެއި 2013 ގެ ސިޓީގައި އެދިފައިވާ ކަންކަން އެނޫން ގޮތަކަށް ކުރުމަށް ދެފަރާތުން އެއްބަސްވީ ކަމުގައި ބެލެވިދާނެ އެވެ. ނަމަވެސް، ޓްރާންސްޕޯޓް މިނިސްޓްރީއިން 23 މެއި 2013 ވަނަ ދުވަހު ދީބާޖާގެ ފަރާތުން ހުށަހެޅި ހުށަހެޅުން ޤަބޫލު ކުރިކަމުގެ ހެއްކެއް މި މައްސަލައިގެ ލިޔުންތަކުން ފެންނަން ނެތެވެ.
8023 މެއި 2013 ގައި ދީބާޖާގެ ފަރާތުން ފޮނުވި ސިޓީއާ ޙަވާލާދީ 2013 މެއި 25 ވީ ހޮނިހިރު ދުވަހު ދީބާޖާގެ ފަރާތުން އިތުރު ސިޓީއެއް ޓްރާންސްޕޯޓް މިނިސްޓްރީއަށް ފޮނުވާފައި ވެއެވެ. މި ސިޓީގައި 26 މެއި 2013 ވަނަ ދުވަހުން ފެށިގެން އެ ކުންފުނީގެ ފަރާތުން "ވަގުތީ ޚިދުމަތް" ދިނުމަށް ރާވާފައިވާ ގޮތް ބަޔާން ކޮށްފައި ވެއެވެ. މި ގޮތުން މި ސިޓީގައި 26 ވަނަ ދުވަހުގައި 01 ދޯނި ބޭނުން ކޮށްގެން ނ. އަތޮޅަށް ޚިދުމަތް ފަށާނެ ކަމަށާއި، ރ. އަދި ބ. އަތޮޅަށް ޚިދުމަތް ފެށޭނީ 27 ވަނަ ދުވަހު ކޮންމެ އަތޮޅަކަށް އެއް ދޯނިން ކަމުގައްޔާއި، ޅ. އަތޮޅަށް ޚިދުމަތް ލިބޭނީ ޖޫން 02 ގައި 1 ދޯނިން ކަމުގައި ބަޔާން ކޮށްފައިވެ އެވެ. މިއީވެސް އަހުރެން ކުރިން އިޝާރާތް ކުރިގޮތަށް 16 މެއި 2013 ގައި ޓްރާންސްޕޯޓް މިނިސްޓްރީން ފޮނުވާފައިވާ ހުށަހެޅުން ގަބޫލުކުރުމުގެ ބަދަލުގައި ދީބާޖާގެ ފަރާތުން ހުށަހަޅާފައިވާ ރައްދު ދެވަނަ ހުށަހެޅުމެވެ. މި ހުށަހެޅުން ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ޤަބޫލުކުރިކަމުގެ ހެއްކެއް މި މައްސަލައިގައި ހުށަހެޅިފައިނުވެއެވެ.
8116 މެއި 2013 ގެ ސިޓީގައި ޓްރާންސްޕޯޓް މިނިސްޓްރީން ރަނގަޅު ކުރުމަށް ބުނެފައިވާ ކަންކަން ކުރިކަމުގައި ދީބާޖާގެ ފަރާތުން ތަކުރާރުކޮށް ބުނެފައި ވެއެވެ. މި ބުނުމަށް އެ ކުންފުނީގެ ފަރާތުން ދައްކާ ހުއްޖަތަކީ، 30 މެއި 2013 ގައި އެއްބަސްވުން ނިމުމަކަށް ގެނައިކަން އަންގައި ޓްރާސްޕޯޓް މިނިސްޓްރީން އެ ކުންފުންޏަށް ފޮނުވި ސިޓީގައިވާ "26 މެއި 2013 ވަނަ ދުވަހު ވެސް ވަނީ ކަނޑައަޅާފައިވާ ފެންވަރުގައި ނުފެށިފައެވެ." މިހެން އޮތް ޢިބާރާތެވެ. މި ނޫން އިތުރު ވާހަކައެއް، ނުވަތަ ހެއްކެއް 16 މެއި 2013 ގެ ސިޓީއަށް ޢަމަލު ކުރިކަން ސާބިތު ކުރުމުގެ ގޮތުން އެ ކުންފުނީގެ ފަރާތުން ހުށަހަޅާފައި ނުވެއެވެ.
8216 މެއި 2013 ގައި ޓްރާންސްޕޯޓް މިނިސްޓްރީން ފޮނުވާފައިވާ ސިޓީގައި ބަޔާންވެފައިވާ ކަންކަން އެ ސިޓީގައި ބަޔާން ވެފައިވާ ފަދައިން ދީބާޖާގެ ފަރާތުން ފުރިހަމަ ކުރިކަން އެ ކުންފުނީގެ ފަރާތުން ސާބިތު ކޮށްދެވިފައި ނުވެއެވެ. އަދި އެ ސިޓީއާ ގުޅިގެން 2013 މެއި 26 ވަނަ ދުވަހުން ފެށިގެން އެކުންފުނީގެ ފަރާތުން ކުރުމަށް ގަސްދުކުރާ ކަންކަން އެފަދައިން ކުރި ނަމަވެސް، އެއީ 16 މެއި 2013 ގެ ސިޓީއާ އެއްގޮތަށް ކުރި ކަންކަންކަމުގައި ބެލެވެން ނެތެވެ. އެހެނީ އެ ސިޓީގައި އެކަންކަން ކުރުމަށް ދީފައިވާ މުއްދަތު 25 މެއި 2013 ގެ ނިޔަލަށް ހަމަވާނެއެވެ. އެ މުއްދަތު ހަމަވުމުގެ ކުރިން 16 މެއިގެ ސިޓީގައިވާ ކަންކަން ފުރިހަމަކުރި ކަމުގެ ހެއްކެއް ނެތެވެ. ކަން މިހެން އޮތުމުން، 26 މެއި 2013 އިން ފެށިގެން ވަގުތީ ގޮތުން ދަތުރުފަތުރުގެ ޚިދުމަތް ފެށިކަމުގައި ބުނެ އެ ކުންފުނިން ދައްކާފައިވާ ވާހަކަތަކަކީ، އެކަމަށް ބުރަދަން ދޭނެ އިތުރު ހެއްކެއް ނެތި، އަހުރެންނަށް ބުރަދަނެއް ދެވޭނެ ވާހަކަތަކެއް ނޫނެވެ.
ބ.ފުޅަދޫ އާއި ފެހެންދޫއަށް ޚިދުމަތް ނުދެވުން
83ދީބާޖާގެ ފަރާތުން ތަކުރާރުކޮށް މި މައްސަލައިގައި ދައްކާފައިވާ އެއް ވާހަކައަކީ، ބ. ފުޅަދޫ އާއި ފެހެންދޫއަށް ފެރީގެ ޚިދުމަތް ނުލިބޭތީވެ، އެ ޚިދުމަތް ލިބޭނެ ގޮތް ހަދައިދިނުމަށް އެދި 29 މެއި 2013 ގައި ޓްރާންސްޕޯޓް މިނިސްޓްރީއިން ސިޓީ ފޮނުވުމަށްފަހު، ޖެހިގެން އައި ދުވަހު އެއްބަސްވުން ބާޠިލު ނުކުރެވޭނެ ކަމުގައެވެ. އިތުރު ތަފުސީލަށް ދާނަމަ، 29 މެއި 2013 ވަނަ ދުވަހުގެ ސިޓީގައި އޮތީ އެ ދެ ރަށަށް 28 މެއި 2013 ގައި ޚިދުމަތް ނުލިބޭ ވާހަކައެވެ. އެއްބަސްވުމުގައި ވަގުތުން އެއްބަސްވުން ނިމުމަކަށް ގެނެވޭނެ އެއްހާލަތެއްގެ ގޮތުގައި ބަޔާންވެފައި އޮތީ ވިދިވިދިގެން 05 ދުވަސް ނުވަތަ އެއަށް ވުރެ ގިނަ ދުވަހު ޚިދުމަތް މެދުކެނޑޭ ހާލަތު ކަމުގައިވާއިރު، 28 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް 05 ދުވަސް ނުހިގާނެއިރު، ވަގުތުން އެއްބަސްވުން ބާޠިލު ކުރުމަށް އެއްބަސްވުމުގައި އޮންނަ މާއްދާގެ ދަށުން މި އެއްބަސްވުން ބާޠިލު ނުކުރެވޭނެ ކަމުގައެވެ.
84ސުވާލަކީ، 29 މެއި 2013 ގެ ސިޓީ އިން އެއިގެ ކުރިން 16 މެއި 2013 ގައި ޓްރާންސްޕޯޓުން ފޮނުވި ސިޓީ އާއި، އެ ސިޓީގެ ބަޔާން ކޮށްފައިވާ ފަދައިން ޚިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތަކުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ފޮނުވާފައިވާ ޝަކުވާތައް، ނުވަތަ އެ ވާޤިޢާތަށް ނެތި ގޮސް "ކީހާޅެން ފަރިއްސަށްވެ" ނިމުނީ ހެއްޔެވެ؟ ނުވަތަ އެ ވާޤިޢާތަކުގެ އިނދިކޮޅު ސާބިތުވީ ހެއްޔެވެ؟
85އަހުރެންނަށް މި ވާހަކަތަކަށް ބުރަދަނެއް ދިނުން ފަސޭހައެއް ނޫނެވެ. އެންމެ މުހިންމު ސަބަބަކީ، 16 މެއި 2013 ގެ ސިޓީއަކީ، ކަންކަން ރަނގަޅު ކުރުމަށް ފޮނުވާފައިވާ ނޯޓިހެކެވެ. އެހެން އިބާރާތަކުން ބުނާނަމަ، އެއްބަސްވުން ވަގުތުން ބާޠިލު ކުރެވޭ ހާލަތްތަކެއް ދިމާވެ، އެކަންކަމަށް ފަރުވާ ކުރުމަށް ނުވަތަ ޙައްލު ކުރުމަށް މުއްދަތެއް ކަނޑައަޅައި، އެ ކަންކަން ފުރިހަމަ ނުކޮށްފިނަމަ، ކުރިމަތިލާންޖެހޭ ނަތީޖާ ވެސް ބަޔާންކޮށް ފޮނުވާފައިވާ ސަމާލު ވާންޖެހޭ ޚުޠޫރަތްތެރި ސިޓީއެކެވެ. މި ސިޓީގައިވާ ކަންކަން އެ ނޫންގޮތަކަށް ކުރުމަށް އެއްބަސްވެވިފައި ވާކަން ނުވަތަ ދުލެއް ދިންކަން އެނގެން ނެތެވެ. އަދި އެ ސިޓީއަކީ އެ ސިޓީއަށް އަމަލު ނުކުރާނެ ސިޓީއެއް ކަން ދެ ފަރާތުން އެއިގެ ފަހުން ދައްކާފައިވާ ވާހަކަތަކުން ނުސީދާކޮށް ނަމަވެސް އެނގޭ ސިޓީއެއް ނޫނެވެ. އަދި ކިއެއްތަ؟ އެއްބަސްވުން ނިމުމަކަށް ގެނައުމުގައި ޓްރާންސްޕޯޓް މިނިސްޓްރީން ބަރޯސާވެފައިވަނީ 16 މެއި 2013 ގެ ސިޓީއަށް ކަން 30 މެއި 2013 ގައި އެއްބަސްވުން ބާޠިލުކުރިކަން އަންގައި ފޮނުވި ސިޓީގެ ދެވަނަ ޕެރެގްރާފުން ސާފުކޮށް އެނގެއެވެ.
86ކަންމިހެން އޮތުމުން 29 މެއި 2013 ގައި ޓްރާންސްޕޯޓް މިނިސްޓްރީއިން ދީބާޖާއަށް ފޮނުވާފައިވާ ބ. ފުޅަދޫ އާއި ފެހެންދޫއަށް ޚިދުމަތް ދިނުމަށް އެދި ފޮނުވާފައިވާ ސިޓީއަކީ އެއްބަސްވުން ބާޠިލުކުރުމާ ގުޅުންހުރި ސިޓީއެއް ކަމުގައި އަހުރެން ނުދެކެމެވެ.
އިސްތިއުނާފީ 06 ވަނަ ނުކުތާ
87އިސްތިއުނާފީ ހަވަނަ ނުކުތާގައި ދީބާޖާގެ ފަރާތުން ބުނެފައިވަނީ ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގައި ދީބާޖާއަށް ލިބުނު ސީދާ މާލީ ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދިފައި ވާތީ، އެ ލަފުޒުގައި ހިފައިގެން، އެއީ ހިނގި ޚަރަދު ނަގައި ދިނުމުގެ ބަދަލު (reliance damages) ކަމުގައި ބަލައި، އެކަން ސާބިތުކުރުމަށް އެއްވެސް ލިޔުމެއް ހުށަހަޅާފައި ނުވާ ކަމަށް ހައިކޯޓުން ނިންމާފައި ވަނީ، ގެއްލުމުގެ ބަދަލަށް ނަން ދިނުމުގައި ހުންނަ ފަރަޤުތަކަށް ރިޢާޔަތް ކުރުމެއް ނެތި ކަމުގައެވެ. އަދި އެކްސްޕެކްޓޭޝަން ޑެމޭޖަސްގެ (expectation damages) ތެރޭގައި އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބޭ ސީދާ ގެއްލުމަށް ލިބޭ ބަދަލު (general damages) ވެސް ހިމެނޭއިރު، އެކަމުގެ މައްޗަށް ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
88ހައިކޯޓުން ނުވަތަ އެ ނޫންވެސް ކޯޓަކުން ޢާންމު ގޮތެއްގައި ވަކި ކަމަކަށް ރިޢާޔަތް ކުރާނީ އަދި ކުރެވޭނީ ވެސް އެ ވާހަކައެއް ޚަޞްމެއްގެ ފަރާތުން އެ ކޯޓެއްގައި ފާހަގަ ކުރުމުން މައްސަލައަށް ބަލާއިރު، ހައިކޯޓުގައި ގެއްލުމުގެ ބާވަތްތަކުގެ ތެރެއިން އެއް ބާވަތެއްގެ ތެރޭގައި އަނެއް ބާވަތް ހިމެނޭނެ ކަމަށް ބުނެ ދީބާޖާގެ ފަރާތުން ވާހަކަ ދައްކާފައިވާ ކަން ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން ނެތެވެ.
89އަދި ބަހުސްގެ ބޭނުމަށް ބެލި ނަމަވެސް ހައިކޯޓުގެ ނިންމުމުގައި ގެއްލުމުގެ ބަދަލު ގިންތި ކޮށްފައިވަނީ ދީބާޖާގެ ފަރާތުން ސިވިލް ކޯޓުގައި ގެއްލުމުގެ ބަދަލު ސިފަ ކޮށްދީފައިވާ ގޮތަށެވެ. އެކަމަށް އުނި އިތުރެއް ހައިކޯޓުން ގެނެސްފައި ނުވެއެވެ. ސިވިލް ކޯޓުގައި ދީބާޖާގެ ފަރާތުން އެދިފައިވާ، 2,410,343,581.00 (ދެ ބިލިއަން ހަތަރު ސަތޭކަ ދިހަ މިލިޔަން ތިން ލައްކަ ސާޅީސް ތިން ހާސް ފަސްސަތޭކަ އަށްޑިހަ އެކެއް) ރުފިޔާ ދައުލަތުން ހޯދުމަށް ދީބާޖާއިން އެދިފައިވަނީ ޤާނޫނާ ޚިލާފަށް އެއްބަސްވުން ބާޠިލު ކުރުމުގެ ސަބަބުން ދީބާޖާއަށް ލިބުނު ސީދާ މާލީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައެވެ. ވުމާއެކު، ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުކަމުގައި ބަލައި ބަހުސްކުރުމުގެ ޖާގައެއް މި ނުކުތާއާ ގުޅިގެން އޮތްކަމުގައި އަހުރެން ނުދެކެމެވެ.
އިސްތިއުނާފީ ހަތްވަނަ ނުކުތާ
90އިސްތިއުނާފީ ހަތްވަނަ ނުކުތާގައި ދީބާޖާގެ ފަރާތުން ފާހަގަ ކޮށްފައިވަނީ މި މައްސަލައިގައި "ވެއިޓެޑް އެވަރެޖް ކޮސްޓް އޮފް ކެޕިޓަލް" (weighted Average Cost of Capital) ގެ މިންގަނޑުގެ ދަށުން އިންޓަރނޭޝަނަލް އޮޑިޓް ފަރމަކުން ހަދާފައިވާ ހިސާބުތަކަކީ އެއްބަސްވުމަށް ޢަމަލުކުރި ނަމަ، ދީބާޖާ ހުންނާނެ ޙާލަތަށް ގެންދިޔުމުގެ ގޮތުން ނަގައިދިނުމަށް އެދިފައިވާ ގެއްލުމުގެ ބަދަލު (expectation damages) ވަޒަންކުރުމުގައި ދަށު ކޯޓުން ބަރޯސާވެވިދާނެ އިތުބާރު ހިސާބުތަކެއް ކަމަށް ވާއިރު، އެކަމަށް ހައިކޯޓުން ރިޢާޔަތް ކޮށްފައިނުވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
91މި ނުކުތާ އިތުރަށް ތަފުސީލު ކުރަމުން ގެއްލުމުގެ ބަދަލު ވަޒަން ކުރުމުގައި މި މައްސަލައިގައި ދީބާޖާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ހިސާބުތަކަކީ، ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި އެފަދަ ހިސާބުތަކަށް ބަރޯސާވުން ހުއްދަ މުސްތަނަދުތަކެއް ކަމުގައްޔާއި، އެ ހިސާބުތަކަށް ދައުލަތުން ޠަޢުނު ކޮށްފައި ނުވާކަން ދީބާޖާގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ.
92މި ނުކުތާގެ ރައްދުގައި ދައުލަތުން ބުނެފައިވަނީ، މި އިސްތިއުނާފީ ނުކުތާއިން ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުވާ ގޮތެއް އެނގެން ނެތްކަމުގައެވެ. އަދި ދީބާޖާގެ ފަރާތުން ހަވާލާދޭ ހިސާބުތަކަކީ ދައުލަތުގެ ފަރާތުން ސިވިލް ކޯޓުގައި ޠަޢުނުކޮށްފައިވާ ހިސާބުތަކެއްކަން ދައުލަތުން ސިވިލް ކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގޭނެ ކަމަށާއި، ވަކިން ޚާއްޞަކޮށް ދައުލަތުން ހުށަހެޅި ޖަވާބުގެ 08 ވަނަ ނަންބަރާއި، 25 ސެޕްޓެމްބަރ 2014 ގައި ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި ޚުލާޞާ ބަޔާނުގައި އެ ހިސާބުތަކަށް ޠަޢުނު ކޮށްފައިވާކަން ދައުލަތުން ފާހަގަ ކޮށްފައިވެ އެވެ.
93ދައުލަތުގެ ވާހަކަ ތަކުގައި ހިސާބުތަކަށް ސިވިލް ކޯޓުގައި ޠަޢުނު ކުރިކަމަށް ބުނާ ވާހަކައަށް އަހުރެން ތާއީދު ކުރަމެވެ. އެ ލިޔުންތަކުން އެކަން ފެންނަށް އެބަހުއްޓެވެ. އަދި މި ނުކުތާ އާ ގުޅިގެން ހައިކޯޓުގެ ނިންމުމަށް ބަލާއިރު، އެ ނިންމުމުގައި ގެއްލުމުގެ ބަދަލު ގިންތިކޮށް ހިސާބު ކޮށްފައިނުވެއެވެ. އަދި އެ ހިސާބުތަކުގެ ފެންވަރާމެދު، ނުވަތަ އެ ހިސާބުތަކަކީ ކޯޓުތަކުން ބަރޯސާ ނުވެވޭނެ ފަދަ ހިސާބުތަކެއް ކަމުގައި ބަޔާން ކޮށްފައިވާތީ އަހުރެން ނުދެކެމެވެ.
94ސަބަބަކީ، ދައުލަތުން އެއްބަސްވުން ބާޠިލު ކޮށްފައިވަނީ ރަނގަޅަށް ކަމުގައި އެ ކޯޓުން ނިންމުމެވެ. ކަންމިހެން އޮތުމުން ހައިކޯޓުގެ ނިންމުމުގައި މި މައްސަލައިގައި ވާހަކަދެކެވޭ "ވެއިޓެޑް އެވަރެޖް ކޮސްޓް އޮފް ކެޕިޓަލް" (weighted Average Cost of Capital) ގެ މިންގަނޑާމެދު ބަހުސްކޮށް ގޮތެއް ނިންމާފައި ނުވެއެވެ. ނަމަވެސް އިންޓަރނޭޝަނަލް އޮޑިޓް ފާމަކުން ތައްޔާރުކުރިކަމަށް ބުނެ މި މައްސަލައިގައި ހުށަހަޅާފައިވާ ލިޔުމަކީ އެފަދަ ފާމަކުން ނުވާތު އެކަންޓިންގ ދާއިރާގެ މީހަކު ތައްޔާރު ކޮށްފައިވާ ލިޔުމެއްކަން އެނގޭނެ އެއްވެސް ގޮތެއް ނެތްކަން ހައިކޯޓުން ފާހަގަ ކޮށްފައި ވެއެވެ.
95ޚުލާޞާކޮށް ގެއްލުމުގެ ބަދަލާމެދު ހައިކޯޓުގެ ނިންމުމުގެ 3.5 ގައި މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައިވަނީ، އެއްބަސްވުމުގެ އެއްވެސް ފަރާތަކުން އެއްބަސްވުމާ ޚިލާފުވެގެން އެއްބަސްވުން ބާޠިލު ކުރާ ހާލަތުގައި ގެއްލުމުގެ ބަދަލު ނަގައިދިނުމާމެދު އެއްބަސްވުމުގައި ވަކި އެއްޗެއް ބުނެފައި ނުވާކަމުގަ އެވެ. މީގެ އިތުރުން އެއްބަސްވުމަކާ ޚިލާފުވެގެން ނަގައިދެވޭ ގެއްލުމުގެ ބަދަލަކީ އެއްބަސްވުމާ ޚިލާފުވިކަން ސާބިތު ކުރުމަށްފަހު، އަދި އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ގެއްލުމެއް ލިބުނުނަމަ، ނުވަތަ ލިބޭނެ ނަމަ އެކަން ވެސް ޝަރީޢަތަށް ސާބިތުވާންޖެހޭ ހަމަތަކުން ސާބިތު ވުމަށްފަހުގައި ނެގޭނެ އެއްޗެއް ކަމުގައި ހައިކޯޓުގެ ނިންމުމުގައި ފާހަގަ ކޮށްފައިވެ އެވެ.
96ކަންމިހެން އޮތުމުން އިސްތިއުނާފީ ހަތްވަނަ ނުކުތާއިން ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުވާ ގޮތެއް ސާފެއް ނުވެއެވެ. ވުމާއެކު، މިއީ އިސްތިއުނާފީ އޮޅިގަނޑު ގިރ ކުރެވިފައިވާ ނުކުތާއެއް ކަމުގައި އަހުރެން ނުދެކެމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
96. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި، މި މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި، ދީބާޖާއިން ހުށަހެޅީ މައިގަނޑު 07 (ހަތެއް) ނުކުތާ ކަމާއި، މި ނުކުތާތައް ބެހެނީ 03 (ތިނެއް) ބަޔަކަށެވެ.
(ހ) ފުރަތަމަ ބަޔަކީ، އިސްތިއުނާފީ ފުރަތަމަ 03 (ތިން) ނުކުތާއެވެ. މި ނުކުތާތައް ބިނާވެފައި ވަނީ، ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފީ މުއްދަތު ހަމަވުމަށްފަހު، ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާގެ އިސްތިއުނާފު ބަލައިގަނެފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ދެކި ދީބާޖާގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމުގެ
(ނ) ދެވަނަ ބަޔަކީ، އިސްތިއުނާފީ ހަތަރު ވަނަ ނުކުތާއާއި ފަސްވަނަ ނުކުތާ އެވެ. މި 02 (ދޭއް) ނުކުތާ ބިނާވެފައި ވަނީ އެއްބަސްވުން ބާތިލުކުރުމާ ގުޅޭގޮތުން ނެވެ. މި 02 (ދޭއް) ނުކުތާގެ ތަފްސީލަށް ބަލާއިރު، ދީބާޖާއިން ފާހަގަކޮށްފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި ހިމެނެނީ އެއްބަސްވުމުގެ 6.32.1 ވަނަ މާއްދާގެ (ޑީ) ގައި ބުނާ ފަދަ ވަގުތުން އެއްބަސްވުން ބާތިލުކުރުމުގެ ޙާލަތްތަކެއް ވާޤިޢުވެފައި ނުވަނީސް އެ މާއްދާގައި ބުނާ ފަދަ ޙަލާތެއް ވާޤިއުވެފައިވާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައި ވަނީ ރަނގަޅަށް ނޫން ކަމަށް ދެކޭ ކަމާއި އަދި ބަހުސްގެ ބޭނުމަށްޓަކައި ޚިދުމަތް މެދުކެނޑެމުން ދިޔަ ކަމުގައި ބެލިޔަސް ދައުލަތުން ދީފައިވާ ލުއިތަކަށް ރިޢާޔަތްކޮށްފައި ނުވުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާ ޚިލާފު ކަމެއް ކަމަށް ދެކޭ ކަމަށެވެ. މާނައަކީ، އެއްބަސްވުން ބާތިލު ކުރެވުނީ، ވަގުތުން އެއްބަސްވުން ބާތިލު ކުރުމަށް ކަނޑައަޅާފައި އޮންނަ ޙާލަތެއްގައި ނޫން ކަމަށް ޤަބޫލުކުރެވޭނަމަ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، ދީބާޖާއިން ނަގާފައިވާ ދެވަނަ ދަފުޢުއާ މެދު ގޮތެއް ކަނޑައެޅުމުގެ ބަހުސެއް އަހުރެންގެ ކުރިމަތީ ނެތެވެ.
(ނ) ތިންވަނަ ބަޔަކީ، އިސްތިއުނާފީ އެންމެ ފަހު 02 (ދޭއް) ނުކުތާ އެވެ. މި 02 (ދޭއް) ނުކުތާގައި ދައުރުވަނީ ބަދަލު ކަނޑައެޅުމާއި، އެކަމާ ގުޅޭ ހިސާބު ޖެހުމުގެ ހަމަތަކަށެވެ. އަދި ބަދަލު ހޯދުމަކީ ދީބާޖާއިން އެދިފައިވާ ފަރުވާކަމަށްވެފައި، ދަށު ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓާއި އަދި ފަހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެއްފަހަރަށް ވުރެ ގިނަފަހަރު ޝަރީޢަތް ކުރެވި، ނިހާއީ ޖަވާބެއް ލިބިފައިނުވާ ސުވާލަކީ މިއީއެވެ.
97ބަޔާންވެދިޔަ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔުގައި ފާހަގަކޮށްފައިވާ ދައުލަތުން ދީބާޖާއާ ބިން ޙަވާލުކުރެވިފައިވާ ކަމަށް އިޝާރަތްކޮށްފައިވާ ކަންޅަން ފިޔަވައި ދެން އެ ރައުޔުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަމަށް ތާއީދު ކުރިކަމުގައި ވިޔަސް މި މައްސަލައިގައި އަހުރެންގެ ނަޒަރު ހުއްޓޭ ގޮތުގައި ތަފާތު ތަކެއް އެބަހުއްޓެވެ.
98މި މައްސަލައިގައި އޮތް ޚުސޫމަތަކީ، ދީބާޖާ އާއި މިނިސްޓްރީ އާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން މިނިސްޓްރީގެ މައްޗަށް ލާޒިމްވެގެންވާ އިލްތިޒާމްތައް ފުރިހަމަނުކޮށް، އެއްބަސްވުން ބާޠިލްކޮށްފައިވާތީ، އެއްބަސްވުން ބާތިލުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، މި އެއްބަސްވުން ބާތިލުކުރުމުގެ ސަބަބުން ލިބިފައިވާ ސީދާ ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި ހުށަހެޅުނު ދައުވާއެއްގެ މައްޗަށެވެ.
99ވުމާއެކު އުފެދޭ ސުވާލުތަކަކީ، އެއްބަސްވުމުގެ ދަށުން (1) މިނިސްޓްރީގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ބިންތައް ޙަވާލުކުރިތޯ އާއި (2) އެއްބަސްވުން ބާތިލުކޮށްފައި ވަނީ، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންތޯ އާއި (3) އަދި އެއްބަސްވުމާ ޚިލާފަށް އެއްބަސްވުން ބާތިލުކޮށްފައި ވާނަމަ، އެކަމުގެ ސަބަބުން ދީބާޖާއަށް ލިބޭ ސީދާ ގެއްލުމުގެ ބަދަލު ކަނޑައެޅުމުގެ މައްޗަށެވެ. އެހެންކަމުން، މިއިން ކޮންމެ ކަމަކަށް ވަކިވަކިން ބަލާލާނަމެވެ.
ބިންތައް ޙަވާލުކުރުމާގުޅޭ
100މި ޚުސޫމަތުގައި އޮތް، ފުރަތަމަ ސުވާލަކީ އެއްބަސްވެފައިވާ ގޮތުގެމަތިން ދައުލަތުން ބިންތައް ޙަވާލުކުރިތޯ މައްޗަށެވެ.
101އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކްރޮސް ސަބްސިޑީއެއްގެ ގޮތުގައި، އެއްބަސްވެފައިވާ 47 (ސާޅީސް ހަތެއް) ބިމެއް ޙަވާލުކުރުމަށް ދައުލަތަށް ލާޒިމްކޮށްފައިވެއެވެ. 30 ޖޫން 2010 ގައި ދައުލަތުން 17 (ސަތާރަ) ބިމެއްގެ ރަޖިސްޓްރީ އާއި އަދި 18 ޖަނަވަރީ 2011 ގައި 09 (ނުވައެއް) ބިމެއްގެ ރަޖިސްޓްރީ އާއެކު ޖުމްލަ 26 (ސައްބީސް) ބިމެއްގެ ރަޖިސްޓްރީއެއް ދީބާޖާއާ ޙަވާލުކުރެވިފައިވާ ކަމަށް ދައުލަތުން ބުނެފައިވީކަމުގައި ވިޔަސް މި ޙަޤީގަތް އެ ސާބިތުވެފައި ނުވާ ކަމަށް ސިވިލް ކޯޓުގެ ޙުކުމުން އެނގޭކަން ފާހަގަކުރަމެވެ. އޭގެ ފަހުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައުޟޫއުގައި ވާހަކަ ދެކެވުނު އިރު ދައުލަތުން ބަޔާންކޮށްފައި ވަނީ، ދީބާޖާއާ ޙަވާލުކުރެވިފައިވާ ބިންތައް ޙަވާލުކުރެވިފައި ވަނީ ސިޓީއަކުން ކަމާއި އެއްވެސް ބިމަކަށް ރަޖިސްޓްރީ ހަދައިދެވިފައި ނުވާ ކަމަށެވެ. ވުމާއެކު، 47 (ސާޅީސް ހަތެއް) ބިމުގެ ތެރެއިން 26 (ސައްބީސް) ބިމެއް ޙަވާލުކުރެވިފައި ވާކަމާމެދު ސުވާލު އުފެދިފައި ވާކަމާއި ބާކީ 21 (އެކާވީސް) ބިމެއް ޙަވާލުކުރެވިފައި ނުވާކަމީ ދެފަރާތުގައި އެއްވެސް ދެބަސްވުމެއް އޮތް ކަމެއް ނޫނެވެ.
102ބިމެއް ޙަވާލުކުރުމަކީ އެ ތަނެއްގެ މައްޗަށް ހިޔާޒަތު ލިބި، އެ ބިމެއްގެ މައްޗަށް ތަސައްރަފުކުރެވޭނެ ގޮތެއްގެ މަތިން ބިމެއް ޙަވާލުކުރުން ކަމުގައި ފާހަގަކުރަމެވެ. ބިމެއް ޙަވާލުކުރެވިފައިވޭތޯ ސުވާލެއް އުދެފޭ ޙާލަތެއްގައި، ޤާނޫނު ބުނާ އެއްބަސްވުމެއް ނުވަތަ ރަޖިސްޓްރީ އެއް ނުވަތަ މި ނޫންވެސް ބިމެއް ޙަވާލުކޮށްފައިވާކަން ދަލާލަތު ކޮށްދޭ ލިޔުމެއް އޮވެ، އެ ތަނަކީ އިންވަކިކުރެވިފައިނުވާ ތަނެއް ކަމުގައިވާނަމަ، އެ ތަން އޮތްތަނެއް ސާފުކޮށްދިނުމާއެކު، ކަންމުޑިއަޅައި އިންވަކިކޮށްދީ، އެ ބިމަކަށް ތަސައްރަފުކުރެވޭނެ މަގަކުން ކަންކަން އިންތިޒާމުވެފައިވާކަން ސާބިތު ނުވާނަމަ، އެ ބިމެއް ޙަވާލުކުރެވިފައި ނުވާ ކަމަށް ބެލުމުގެ ފުރުސަތު އޮންނާނެވެ.
103ހުށަހެޅިފައިވާ މި މައްސަލައަށް ބަލައި، ބިންތަށް ޙަވާލުކުރެވިފައި ވަނީ ބަޔާންކުރެވިފައިވާ އިޖުރާއަތުތައް ފުރިހަމަ ކުރެވިގެންކަން ދޭހަ ނުވާކަމާއި، ދައުލަތުން ޙަވާލުކޮށްފައިވާ ކަމަށް ބުނާ ބިންތަށްވެސް ދޫކޮށްފައި ވަނީ ސިޓީއަކުން ކަމާއި، އެ ފަދަ ސިޓީއެއްގެ މައްޗަށް ބިނާކޮށް، ބިމެއްގެ މައްޗަށް ޙައްޤުތަކެއް އުފަންވެފައި ވާކަން ތަންފީޒީ މާނާގައި، ދަލާލަތު ނުކޮށްދެއެވެ. ރަޖިސްޓްރީއެއް ނުވަތަ ޤާނޫނު ބުނާފަދަ އެއްބަސްވުމެއް އޮވެގެން ބިމެއްގެ މައްޗަށް ތަސައްރަފު ކުރާމަގުން ކަންކަން ކުރުމުގެ ބާރެއް ނޯވެއެވެ. ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން ބިން ތަރައްޤީކުރުމަށް ފައިސާ ހޯދުމާއި އެހެނިހެން މުއާމަލާތު ކުރުމަށް ފަހިވެފައެއް ނޯވެއެވެ. އަދި ހަމަ މިއާއެކު، ބިމެއް އޭގެ ޒާތުން ދީބާޖާއާ ޙަވާލުކުރެވި، ހިޔާޒަތު ލިބިފައިވާކަން ދަލާލަތު ކޮށްދޭ އިތުރު ހުއްޖިއްޔަތެއް ވެސް ދައުލަތުން ހުށަހަޅާފައި ވާކަން ދޭހަ ނުވެއެވެ.
104ޚިދުމަތް ފެށުމާއި ބިން ޙަވާލުކުރުމާއި ސީދާ ގުޅުމެއް ނެތެވެ. އަދި އެއް ކަމެއް ނުކޮށް ދޫކޮށްލުމަކުން އެއާއި އަޅުވައި، އަނެއް ކަމެއް ނުކޮށް ތިބުމުގެ ފުރުސަތެއްވެސް ނެތެވެ. ނަމަވެސް، ކްރޮސް ސަބްސިޑީއެއް ދިނުމަށް ކަނޑައަޅާފައި އޮތުމުގެ ބޭނުމަކީ، ދެމެހެއްޓެނިވި ގޮތެއްގައި، ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށްޓަކައި ދީބާޖާއިން ކުރާ ޚަރަދުތައް ފޫބެއްދުމެވެ.
105މި އިލްތިޒާމް އަދާކުރުމަށްޓަކައި އެއްބަސްވުމުގައި ދައުލަތުގެ މައްޗަށް ވަކި މުއްދަތެއް ބަޔާންކޮށްފައި ނެތެވެ. ކޮންޓްރެކްޓެއްގައި ވަކި ކަމެއް ކުރުމަށް މުއްދަތެއް ދެވިފައި ނުވާނަމަ، އެކަށީގެންވާ އަވަސް މުއްދަތެއްގެ ތެރޭގައި އެކަމެއް ކުރުމަކީ ކޮންޓްރެކްޓުގެ ޒިމްނީ ޝަރުތެކެވެ . އެއްބަސްވުމަށް ޢަމަލުކުރަން ފެށުމަށްފަހު އަހަރުތަކަކަށް ފަހު، 30 މޭ 2013 ގައި ދައުލަތުން އެއްބަސްވުން ނިމުމަކަށް ގެނެވުނުއިރުވެސް މި އިލްތިޒާމް އަދާނުކުރެވި، އެއްބަސްވެފައިވާ ގޮތަށް ދައުލަތުން ދީބާޖާއަށް ޙަވާލުކުރުމަށް އެއްބަސްވެފައިވާ ބިންތައް ޙަވާލު ކުރެވިފައި ނުވާކަމީ ޙަޤީގަތެކެވެ.
އެއްބަސްވުން ބާތިލުކުރުމާގުޅޭ
106ދައުލަތުން އެއްބަސްވުން 30 މޭ 2013 ގައި ބާތިލުކޮށްފައިވަނީ އެއްބަސްވުމުގެ 6.32.1 ވަނަ މާއްދާގެ (ޑީ) ގެ ދަށުންނެވެ. މި މާއްދާގެ ދަށުން ވަގުތުން އެއްބަސްވުން ބާތިލު ކުރުމަށްޓަކައި، އިންސާނުންނަށް ބާރު ނުފޯރާ ފަދަ ކަމެއް ދިމާނުވެ، ވިދިވިދިގެން 05 (ފަހެއް) ދުވަސް ނުވަތަ އެއަށްވުރެ ދިގުމުއްތަކަށް ޚިދުމަތުން ބޮޑު ބައެއް މެދު ކެނޑިފައިވުން ލާޒިމެވެ. މާނައަކީ، މި މާއްދާގެ ދަށުން އެއްބަސްވުން ބާތިލު ކުރެވޭއިރު ފުރިހަމަ ވާންޖެހޭނެ ފުރަތަމަ ކަމަކީ، ޖެހިޖެހިގެން 05 (ފަހެއް) ދުވަހުގެ ޚިދުމަތުން ބޮޑުބައެއް މެދު ކެނޑުމެވެ. އެއަށްފަހު، ވިދިވިގެން 05 (ފަހެއް) ދުވަހު ޚިދުމަތް މެދު ކެނޑިއްޖެނަމަ، އެކަން ހިނގިގޮތް ބަލާއިރު އިންސާނުންނަށް ބާރު ނުފޯރާ ފަދަ ކަމެއް މިސާލަކަށް މޫސުން ގޯސްވުން ފަދަ ކަމެއް ދިމާވިތޯ ބެލުމެވެ.
107ދައުލަތުން އެއްބަސްވުން ބާތިލުކޮށްފައިވަނީ ދަތުރުފަތުރުގެ ޚިދުމަތް މެދުކެނޑިފައި ވާތީވެ ތަކުރާރުކޮށް ދަންނަވައި، އެކަން ރަނގަޅު ކުރުމަށްޓަކައި 29 އެޕްރީލް 2013 އިން ފެށިގެން 01 (އެކެއް) ހަފްތާ ތެރޭގައި ޚިދުމަތް ފެށުމަށްޓަކައި ފުރުސަތުދެވި، އަދި އޭގެ ފަހުން 16 މޭ 2013 ގައި ދެވަނަ ފަހަރަކަށް އިތުރު 01 (އެކެއް) ހަފްތާ އެއްބަސްވުން ދެމި އޮތުމަށްޓަކައި ދީބާޖާއަށް ފުރުސަތުދެވި ކަމަށެވެ.
108އިސްވެ ބުނެވުނު 16 މޭ 2013 ގެ ސިޓީއަށް ފަހު، އޭގެ 13 (ތޭރަ) ދުވަސް ފަހުން، އެއްބަސްވުން ބާތިލު ކުރެވުނު އިރުވެސް ދީބާޖާއިން ޚިދުމަތް ދެމުންދާކަން އެނގެއެވެ. މިކަން ދޭހަވަނީ އެއްބަސްވުން ބާތިލު ކުރުމުގެ 01 (އެކެއް) ދުވަހުގެ ކުރިން 29 މޭ 2013 ގައި ދައުލަތުން ދީބާޖާއަށް ފޮނުވާފައިވާ ސިޓީން ނެވެ. އެ ސިޓީގެ އިބާރަތް ތަކުރާރު ކޮށްލާނަމެވެ. "އުތުރު ސަރަޙައްދުގެ ފެރީ ޚިދުމަތް 28 މޭ 2013 ވަނަ ދުވަހު ބ. ފުޅަދޫ އާއި ފެހެންދޫއަށް ލިބިފައި ނުވާކަމުގެ މައުލޫމާތު މި މިނިސްޓްރީއަށް ވަނީ ލިބިފައެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ކަނޑައެޅިފައިވާ އޮންނަ ރޫޓުގައި ހިމެނޭ ހުރިހާ ރަށަކަށް ޚިދުމަތް ނުދެވޭނަމަ އެ ސަރަޙައްދުގެ އެ ރޫޓުގެ ޚިދުމަތް ފުރިހަމަ ކުރެވުނީކަމަށް ބެލެން ނެތްވާހަކަ ދެންނެވީމެވެ. ވީމާ، ކުރިއަށް އޮތް ތަނުގައި ބ.ގޮއިދޫ ރޫޓުގައި ޚިދުމަތް ދޭއިރު އެ ރޫޓުގެ އެހެނިހެން ރަށްރަށުގެ ރައްޔިތުންނަށް ޚިދުމަތް ލިބޭފަދައިން ފުޅަދޫ އާއި ފެހެންދޫގެ ރައްޔިތުންނަށްވެސް ދަތުރުފަތުރުގެ ޚިދުމަތް ލިބޭނެގޮތް ހަމަޖެއްސުމަށް އެދި ދެންނެވީމެވެ."
109HN2ކޮންޓްރެކްޓެއްގެ ވަކި މާއްދާއެއްގެ ދަށުން އެއްބަސްވުމެއް ބާތިލު ކުރެވޭއިރު ބަލަންޖެހެނީ އެ މާއްދާގައި ބުނާ ޙާލަތެއް ވުޖޫދުވެފައިވޭތޯ އާއި އަދި އެ ފަދަ މަޙައްލެއް އޮތްތޯއެވެ. ވުމާއީކު، ހުށަހެޅިފައިވާ މި މައްސަލައަށް ބަލައި، އެއްބަސްވުމުގެ 6.32.1 ވަނަ މާއްދާގެ (ޑީ) ގެ ދަށުން ވަގުތުން އެއްބަސްވުން ބާތިލުކުރުމުގެ ކުރިއަށް ވިދިވިދިގެން 05 (ފަހެއް) ދުވަހުގެ ދަތުރުފަތުރުގެ ޚިދުމަތް މެދު ކެނޑިފައި އޮތްކަން ކަށަވަރު ނުކުރެވެއެވެ. އަދި ޚިދުމަތުން ބޮޑު ބައެއް ކެނޑިފައިވާ ކަންވެސް ދޭހަ ނުވެއެވެ. އޭގެ ބަދަލުގައި އެއްބަސްވުން ބާތިލު ކުރި ހިނދު، ޚިދުމަތް އޮތް ޙާލު ދޭހަ ވަނީ އެއްބަސްވުން ބާތިލު ކުރުމުގެ 01 (އެކެއް) ދުވަސް ކުރިން ދައުލަތުން ދީބާޖާއަށް ފޮނުވާފައިވާ 29 މޭ 2013 ގެ ސިޓީ އެވެ. މި ސިޓީގައި ދައުލަތުން އިޝާރަތްކޮށްފައިވާ ކަންކަމަށް ބަލައި، ދީބާޖާއިން ޚިދުމަތް ދެމުންދިޔަ ކަމާއި، އެއްބަސްވުން ބާތިލު ކުރެވުނުއިރު ހަމައެކަނި ޚިދުމަތް މެދު ކެނޑިފައިވާ ކަމަށް ދޭހަވަނީ ފުޅަދޫ އާއި ފެހެންދޫ އެވެ. އަދި އިތުރަށް އެ ސިޓީގައި އެދިފައި ވަނީ އެ 02 (ދޭއް) ރަށަށް ޚިދުމަތް ދިނުމަށެވެ. އެހެންކަމުން، 02 (ދޭއް) ރަށެއްގެ ޚިދުމަތަށް ބުރޫއަރާފައި އޮންނަ ޙާލަތެއްގައި، އެއްބަސްވުމުގެ 6.32.1 ވަނަ މާއްދާގެ (ޑީ) އާ ޙަވާލާދެވި ވަގުތުން އެއްބަސްވުން ބާތިލު ކުރެވިދާނެ މަޙައްލެއް މި މައްސަލައިގައި އުފަންވެފައިވާ ކަމަށް ދެކުމުގެ ފުރުސަތު ވަރަށް ހަނިއެވެ. އަދި ހަމަ އެހެންމެ، ކޮންޓްރެކްޓެއްގެ ޚިލާފެއް އުފަންވެފައި ވާނަމަ، އެ ޚިލާފެއް އުފަންވި ވަގުތެއް ވާޤިއާތަކުން ސާފުވާންޖެހޭނެ ކަމަށް ދެކޭ ހިނދު، ދައުލަތުން އެއްބަސްވުން ބާތިލު ކުރުމުގައި، ކޮށްފައިވާ މުއާމަލާތުތަކަށް ބަލައި، އެއްބަސްވުން ބާތިލު ކުރެވުނީ، މިވެނި ތާރީޚަކުން ފެށިގެން ވިދިވިގެން 05 (ފަހެއް) ދުވަހު ޚިދުމަތުން ބޮޑުބައެއް ކެނޑިފައި އޮވެގެން ކަން ސާފުކޮށް ދެވިފައި ނުވެއެވެ.
110ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގައި ދީބާޖާއިން ޢަމަލުކުރަމުން ދިޔަގޮތުން ގިނަ ޝަކުވާތަކެއް ހުރިކަން ފާހަގަކުރަމެވެ. އަދި ޚިދުމަތް މެދުކެނޑެމުން ދިޔަކަންވެސް އެއީ ޙަޤީގަތެވެ. މިއިން ކޮންމެ ކަމަކަށް އެއްބަސްވުމުގައި ޢަމަލުކުރަންވީ ގޮތް އެކަށައަޅާފައި ވެއެވެ. އެއްބަސްވުމުގެ ދަށުން އުފެދޭ ދެބަސްވުން ތަކާއި ޝަކުވާ ތަކަށް ޙައްލު ހޯދުމަށްޓަކައި އެއްބަސްވުމުގެ 6.30 ވަނަ މާއްދާގައި އިސްލާޙު ކުރުމަށް އެއްބަސްވުމުގެ 6.32.2 ގެ މާއްދާގެ ދަށުން 20 (ވިހި) ދުވަހުގެ ފުރުސަތެއް ދީބާޖާއަށް ދެވި، އެ އަށްފަހު އުފެދުނު ޚިލާފެއް ދީބާޖާއިން ރަނގަޅު ނުކޮށްފިނަމަ އެއްބަސްވުން ބާތިލު ކުރުމަށް ދައުލަތުން ދީބާޖާއަށް 90 (ނުވަދިހަ) ދުވަހުގެ ނޯޓިހެއް ދީ އެއްބަސްވުން ބާތިލު ކުރުމުގެ އިޚްތިޔާރު ދައުލަތަށް އޮވެ، އެ ގޮތުގެމަތިން ޢަމަލުކޮށްފައި އޮތްނަމަ، މި މުޢާމަލާތުގައި އަހުރެންގެ ރައުޔު ތަފާތުވީހެވެ.
ސީދާ ގެއްލުމުގެ ބަދަލު ހޯދުން
111HN5ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން ކޮންޓްރެކްޓެއްގެ ބައިވެރިޔަކު އެ ކޮންޓްރެކްޓަކާ ޚިލާފު އަމަލެއް ކޮށްފިނަމަ އެ އަމަލެއް ކުރުމުން ލިބުނު ގެއްލުމަކަށް އެ އަމަލުކުރި މީހަކު ބަދަލު ދޭންޖެހޭނެ ކަމަށެވެ. މި މާއްދާގެ ދަށުން ދީބާޖާއިން ދައުވާކޮށްފައި ވަނީ ސީދާ ގެއްލުމުގެ ބަދަލު ހޯދުމަށެވެ. ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ލިބޭ ސީދާ ގެއްލުމަކީ ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ ކަމަކާ ޚިލާފުވުމުގެ ސީދާ ނަތީޖާއެއްގެ ސަބަބުން ލިބޭ ގެއްލުންތަކެވެ.
112ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައިވާ ފަދައިން ދީބާޖާއިން ސިވިލް ކޯޓުގައި ދައުވާކުރީ ސީދާ ގެއްލުމުގެ ބަދަލު ހޯދުމަށެވެ. އަދި އިތުރަށް އެ ކޯޓުން ފާހަގަކޮށްފައި ވަނީ ސީދާ ލިބުނު ގެއްލުން ދަލާލަތު ކޮށްދެވިދާނެ ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށެވެ. ދީބާޖާއަށް ލިބުނު ސީދާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ހުށަހަޅާފައި ޢަދަދުތަކުގެ ތެރެއިން ސީދާ ގެއްލުމުގެ ޢަދަދުތަކެއް ސާފުކުރެވިފައި ނުވެއެވެ.
113ސިވިލް ކޯޓަށް ހުށަހެޅުނު ދައުވާގެ ސީޣާ އާއި އަދި އެ ދައުވާގައި ދީބާޖާއިން އެދިފައިވާ ފަރުވާގައި ބަޔާންކޮށްފައި ވަނީ ސީދާ ގެއްލުމުގެ ބަދަލު ހޯދުމަށް އެކަނި ކަމަށްވެފައި، އެ ކޯޓުން ނަގައިދީފައިވާ ބަދަލުގެ ތެރޭގައި ނުސީދާ ގެއްލުމުގެ ބަދަލު ވެސް ހިމެނެއެވެ. މި ޢަދަދުގެ 348,995,154.60 (ތިންސަތޭކަ ސާޅީސް އަށް މިލިޔަން ނުވަލައްކަ ނުވަދިހަފަސްހާސް ސަތޭކަ ފަންސާސް ހަތަރު ރުފިޔާ ފަސްދޮޅަސްލާރި) އެވެ.
114ފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅުނު މައްސަލައެއްގައި ގޮތެއް ކަނޑައަޅަންޖެހެނީ ދައުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ފަރުވާ އަކީ، އެ ފަރާތަށް ފޯރުކޮށް ދެވިދާނެ ފަރުވާއެއްތޯ ބެލުމުގެ މައްޗަށެވެ. ކޯޓުން ގޮތެއް ކަނޑައަޅަންޖެހެނީ، ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅުނު މައްސަލައަށެވެ. ނޭދޭ ފަރުވާއެއް ފޯރުކޮށްދިނުމުގެ އިޚްތިޔާރެއް ފަނޑިޔާރަކަށް ލިބިގެނެއް ނުވެއެވެ. އެއްބާވަތަށް ވުރެ ގިނަ ބާވަތުގެ ބަދަލުތައް ހުންނައިރު އޭގެ ތެރެއިން ވަކި ބާވަތެއްގެ ބަދަލެއް ހޯދުމަށް ދައުވާ ކުރެވޭއިރު، އެ ނޫން ބާވަތްތަކަށް ބަދަލު ނަގައި ދިނުމަކީ، ފަނޑިޔާރުގެ ތަޤްދީރީ ބާރުގެ ބޭރުން ހިނގާ ކަންކަމެވެ. ސީދާ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރެވޭ މައްސަލައެއްގައި، ނުސީދާ ގެއްލުމުގެ ބަދަލު ނަގައި ދިނުމަކީ ޝަރީއަތް ކުރުމުގެ އުޞޫލުތަކާ ޚިލާފުކަމެވެ.
ތަހުވީލުކުރުން
115ވުމާއެކު، ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، މި މައްސަލައިގައި، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ފާހަގަކޮށްފައިވާ ފަދައިން ދައުލަތުން އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ދީބާޖާއިން އެދިފައިވާ ފަރުވާ ސީދާ ގެއްލުމުގެ ބަދަލު އެ ފަރާތަށް ޙައްޤުވާ ކަމަށް ކަނޑައެޅުމަށް ހުރަހެއް އޮތް ކަމަށް އަހުރެންނަށް ނުފެނެއެވެ.
116ސީދާ ގެއްލުމުގެ ބަދަލު ވަޒަންކުރުމަށްޓަކައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ
(ށ) އާއި 19 ވަނަ މާއްދާގެ (ނ) އާ ޙަވާލާދީ ސިވިލް ކޯޓަށް މި މައްސަލަ ފޮނުވުމަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލުކުރުމާ އެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަޟިއްޔާ އާއި ސިވިލް ކޯޓުގެ ނަންބަރު 1124/CV-C/2014 ޤަޝިއްޔާ ގައި ބަދަލާ ބެހޭގޮތުން ކަނޑައަޅާފައިވާ ބައި ބާތިލު ކުރުމަށް އަހުރެންނަށް ފެނެއެވެ.
ޙުކުމް
ދެންފަހެ، މަތީގައި ބަޔާން ކޮށްފައިވާ ސަބަބުތައް އެގޮތަށް ހުރުމުން؛ (1) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަޟިއްޔާ އިން ކޮށްފައިވާ ޙުކުމާއި ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާގައި ގެއްލުމުގެ ބަދަލާމެދު ނިންމާފައިވާ ނިންމުމަކީ ޤާނޫނީ އުޞޫލުތަކާއި ޢަދުލު އިންސާފުގެ ހަމަތަކާއި އެއްގޮތަށް ނިންމާފައިވާ ނިންމުންތަކެއް ކަމަށް ނުވާތީ، ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަޟިއްޔާ އިން ކޮށްފައިވާ ޙުކުމާއި ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާގައި ގެއްލުމުގެ ބަދަލާމެދު ނިންމާފައިވާ ބައި ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ބާޠިލުކޮށްފީމެވެ. (2) މި މައްސަލައިގައި ހިމެނޭ ސީދާ ގެއްލުމުގެ ބަދަލުގެ ބައި އަލުން ބަލައި، ގެއްލުމުގެ ބަދަލާ ގުޅިގެން ސުޕްރީމް ކޯޓުން މީގެ ކުރިން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް، މި މައްސަލައިގައި ހިމެނޭ ގެއްލުމުގެ ބަދަލުގެ ބައިގައި ގޮތެއް ނިންމުމަށް، މި މައްސަލަ ސިވިލް ކޯޓަށް ފޮނުވުމަށްޓަކައި، ކޯޓުތަކުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) އާއި 19 ވަނަ މާއްދާގެ
(ނ) ގެ ދަށުން މި މައްސަލަ ދިވެހި ރާއްޖޭގެ ހައިކޯޓަށް ތަހުވީލުކުރުމަށް މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ކަނޑައަޅައިފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ފުޓްނޯޓު
- މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ނަންބަރު 69-A/PRIV/2013/67 (30 މޭ 2013) ސިޓީ
- ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު DBI-0013-GoM-006 (30 މޭ 2013) ސިޓީ
- ޤާނޫނު ނަންބަރު: 4/91
- އިސްތިއުނާފު ކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އިސްތިއުނާފު ނުކުރެވުނު ސަބަބުތަކެއްގެ ގޮތުގައި ދައުލަތުން ހައިކޯޓަށް ހުށަހަޅާފައިވަނީ ދެ ސަބެބެކެވެ. އެއީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބުން ލަސްވުމާއި، އިސްތިއުނާފު ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށް މައްސަލަގީ ޙާވާލުކޮށްފައިވާ އެޓަރނީއަށް އިރުޝާދު ދީފައި ވީނަމަވެސް، އެ އެޓަރނީގެ އިހްމާލުން އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވިއިރުވެސް އިސްތިއުނާފު ކުރެވިފައިންފަމެވެ.
- ޤާނޫނު ނަންބަރު 22/2010
- ޤާނޫނު ނަންބަރު 22/2010
- ޤާނޫނު ނަންބަރު 22/2010
- ޤާނޫނު ނަންބަރު 22/2010
- ސުޕްރީމް ކޯޓުގެ ނަމްބަރު 2016/SC-A/25 ޤަސިއްޔާ (ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ) މި މައްސަލައިގައި ރެސް ޖުޑިކާޓާގެ މަބްދައުގެ މައިގަޑު އުޞޫލުތައް ކަނޑައަޅާފައިވެއެވެ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/07
- އބމ
- ދީބާޖާގެ ފަރާތުން 4 އެޕްރީލް 2016 ގައި ހައިކޯޓުގައި ބޭއްވުނު އަޑުއެހުމުގައި މިވާހަކަ މިގޮތަށް ބުނެފައިވެއެވެ. (ހައިކޯޓުގެ ރިޕޯޓުގެ 101 ފުރާނަ ޞަފްޙާ)
- ޤާނޫނު ނަންބަރު: 4/91
- މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރަމަންޓްގެ ނަމްބަރު 138/PRIV/2010/1409 (30 ޖޫން 2010) ގެ ސިޓީން
- މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ނަމްބަރު 69/PRIV/2010/19 (18 ޖެނުއަރީ 2011) ގެ ސިޓީން
- މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރަމަންޓްގެ ނަމްބަރު 138/PRIV/2010/1409 (30 ޖޫން 2010) ގެ ސިޓީން
- މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ނަމްބަރު 69/PRIV/2010/19 (18 ޖެނުއަރީ 2011) ގެ ސިޓީން
- ޤާނޫނު ނަމްބަރު 1/2002
- މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ނަމްބަރު 69-A/PRIV/2013/58 (16 މެއި 2013) ގެ ސިޓީ
- މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ނަމްބަރު 69-A/PRIV/2012/155 (24 އޮކްޓބަރޯ 2012) ގެ ސިޓީން
- ބ.އަތޮޅު ކައުންސިލްގެ ނަމްބަރު 69-A/PRIV/2012/306 (06 ޑިސެމްބަރ 2012) ގެ ސިޓީން
- ބ.ތުޅާދޫ ކައުންސިލްގެ ނަމްބަރު 69-A/PRIV/2012/376 (06 ޑިސެމްބަރ 2012) ގެ ސިޓީން
- މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ނަމްބަރު 69-A/PRIV/2012/167 (09 ޑިސެމްބަރ 2012) ގެ ސިޓީން
- މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ނަމްބަރު 69-A/PRIV/2012/173 (16 ޑިސެމްބަރ 2012)
- މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ނަމްބަރު 69-A/PRIV/2012/174 (19 ޑިސެމްބަރ 2012) ގެ ސިޓީން
- ބ.ތުޅާދޫ ކައުންސިލްގެ ނަމްބަރު A-321/PRIV/2013/127 (05 އެޕްރީލް 2013) ގެ ސިޓީ
- މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ނަމްބަރު 69-A/PRIV/2013/58 (16 މެއި 2013) ގެ ސިޓީ
- މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ނަމްބަރު 69-A/PRIV/2013/58 (16 މެއި 2013) ގެ ސިޓީ
- ދީބާޖާގެ ނަމްބަރު DBJ/0013/GoM/003 ސިޓީ
- ދީބާޖާގެ ނަމްބަރު DBJ/0013/GoM/004 ސިޓީ
- މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ނަމްބަރު 69/PRIV/2013/65 (29 މެއި 2013) ގެ ސިޓީ
- މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ނަމްބަރު 69/PRIV/2013/67 (30 މެއި 2013) ގެ ސިޓީ
- މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ނަމްބަރު 69/PRIV/2013/67 (30 މެއި 2013) ގެ ސިޓީ
- މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ނަމްބަރު 69/PRIV/2013/65 (29 މެއި 2013) ގެ ސިޓީ
- ޤާނޫނު ނަމްބަރު 4/91
- ޤާނޫނު ނަންބަރު 04/91
- މި އަކުރުގައި އޮތީ، "ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ، އެ ކޮންޓްރެކްޓްގައިވާ ޝަރުޢުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިއާ ޚިލާފު ގޮތަކަށް ޢަމަލު ކުރެވޭނީ، އެ ކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށް ގުޅުލެއް ދީފަންމަ އެވެ. ނުވަތަ އޭނާ ކޮންމެވެސް އެހެން ގޮތަކަށް ޢަމަލު ކުރާން އެއްބަސްވެއްޖެ ނަމަ އެވެ." މި ފަދައިންނެވެ.
- SC 42 [2022]
- އެ ގޮތުން ފާހަގަ ކުރެވޭ ބައެއް މައްސަލަތަކުގެ ތެރޭގައި، ފާޠިމަތު މަނިކެ ވ. މަރްޔަމް ފަރުހާދާ ވަޙީދު (ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/32 ޤަޟިއްޔާ)، ޙުސައިން ޢަލީ ވ. މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް SC 01 [2021]، އަހްމެޓް އައިޑެނިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޑޮލްފިން ބޭސް ޕްރައިވެޓް ލިމިޓެޑް SC 05 [2021]، އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް [2021] SC 18، މުޙައްމަދު ރަޝާދު ވ. އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑް SC 59 [2021]، ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް SC 75 [2021]، ސަން ޓްރެވަލްސް އެންޑް ޓުއަރޒް ޕްރައިވެޓް ލިމިޓެޑް ވ. ހިލްޓަށް އިންޓަރނޭޝަނަލް މެނޭޖް (މޯލްޑިވްސްޕްރޯރަޔާފްޓްޓް ލިމިޓެޑް SC 77 [2021] ފަދަ މައްސަލަ ހިމެނެއެވެ.
- މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ނަންބަރު 69-A/PRIV/2013/58 (16 މެއި 2013) ގެ ސިޓީ [2021] SC 65 47
- އބމ. 53 ވަނަ ޕެރެގްރާފް
- ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު DBJ/0013/GoM/003 ސިޓީ
- ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު DBJ/0013/GoM/004 ސިޓީ
- މިއީ މިސާލު ބަހެކެވެ. މިހެން ބުނެ އުޅެނީ ހުރިހާކަމެއް ތާކުންތާކު ނުޖެހިދާ ދިއުން ސިފަ ކޮށްދިނުމުގެ ގޮތުންނެވެ.
- ދިވެހިރާއްޖޭގެ ހައިކޯޓު ނަންބަރު 2015/HC-A/271 ޤަޟިއްޔާގައި 04 އެޕްރީލް 2016 ގައި ދައުލަތުން ދައްކާފައިވާ ވާހަކަ
- ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ނ)
- ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/25)
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.