ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2025/HC-A/124

ނަން ސިއްރުކޮށްފައި ވ. ނަން ސިއްރުކުރެވިފައި

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ހައިކޯޓު · 30 އޮކްޓޫބަރު 2025ދަށު ކޯޓު: ފެމިލީ ކޯޓު 608/Fm-C/2023ބާވަތް: ޢާއިލީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ފެމިލީ ކޯޓު 608/Fm-C/2023
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުއްޖާއަށް ތުރުކީގެ ރަށްވެހިކަން ހޯދުމަށް ބައްޕަގެ އިޢުތިރާޟެއް ނެތްކަމުގެ ލިޔުމުގައި ސޮއިކުރުމަށް ބައްޕައަށް އަންގައި، އިންކާރުކޮށްފިނަމަ އެކަންކަން ކުރުމުގެ ބާރު މަންމައަށް ދިން ފެމިލީ ކޯޓުގެ ނިންމުމަކީ، ކޯޓުން އަމިއްލައަށް ހޯދި ބިދޭސީ ޤާނޫނާ ގުޅޭ ގޮތުން ބަސްބުނުމުގެ ފުރުޞަތު ނުދީ، ދަޢުވާގައި އެދިފައިނުވާ ފަރުވާއެއް ދީ، ބައްދަލުކުރުމުގެ ޙައްޤަށް ރިޢާޔަތްނުކޮށް ނިންމި ނިންމުމެއްތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ކޯޓުގެ އަމިއްލަ އިސްނެގުމަށް ހޯދާ ލިޔުންތަކާއި މަޢުލޫމާތު ޚަޞްމުންނާ ހިއްސާކޮށް ބަސްބުނުމުގެ ފުރުޞަތު ދިނުމަކީ ނެޗުރަލް ޖަސްޓިސް (hearing rule) ދެމެހެއްޓުމަށް ފަނޑިޔާރުގެ މައްޗަށް ލާޒިމު ކަމެއް؛ މި އުޞޫލުތައް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ހިމެނޭ

HN2 ބިދޭސީ ޤާނޫނެއް ތަޠުބީޤުކުރުމުގައި ފަނޑިޔާރަށް އަމިއްލައަށް އެ ޤާނޫނު ހޯދައި ވާޤިޢާތަކަށް ތަޠުބީޤުކުރެވިދާނެ (2017/SC-A/23)؛ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ތެރޭގައި ޚަޞްމުން ހުށަނާޅާ ލިޔުންތައް ކޯޓުން ހޯދުމަކީ ދިވެހި ނިޒާމު ތަންދޭ ކަމެއް

HN3 އިޖުރާއީ އައިބެއްގެ ސަބަބުން މުޅި މައްސަލަ ފާސިދުވާނީ އެ އައިބަކީ ފޫވައްޓަނިވި ސީރިއަސް އައިބެއްނަމަ؛ އެ އައިބަކީ illegality އެއްތޯ ނުވަތަ ރަނގަޅުކުރެވިދާނެ irregularity އެއްތޯ، އަދި ނިޔާއަށް އަސަރުކުރޭތޯ ބަލަންވާނެ

HN4 ކޯޓުން ހޯދި ލިޔުމުގައިވާ މަޢުލޫމާތަކީ ޚަޞްމު ބަހުޘްކުރި ލިޔުމެއްގައިވާ ހަމަ އެ މަޢުލޫމާތުކަމުގައިވެ، ނަތީޖާއަށް ބަދަލެއް ނާންނާނަމަ، އެ ލިޔުމާ ގުޅޭ ގޮތުން ބަސްބުނުމުގެ ފުރުޞަތު ނުދިނުމަކީ ނިންމުން ބާޠިލުކުރަންޖެހޭ ސަބަބެއް ނޫން

HN5 ކޯޓުން ޙުކުމްކުރަންވާނީ ޚަޞްމުން ހުށަހަޅާ ވާޤިޢާތަކާއި ފައިސަލާކުރުމަށް އެދޭ ކަންކަމަށް؛ ނަމަވެސް ދަޢުވާގައި އެދުނު ފަރުވާގެ ތެރެއިން ދޭ ފަރުވާއަކީ އެދިފައިނުވާ ކަމަކަށް ގޮތް ނިންމުމެއް ނޫން (2013/SC-A/44، 2021/SC-A/49)

HN6 ކުޑަކުދިންނާ ގުޅޭ ކަންކަމުގައި އެންމެ އިސްކަން ދޭންވާނީ ކުއްޖާގެ މަޞްލަޙަތަށް (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާ؛ CRC 3(1))؛ މަޞްލަޙަތު ވަޒަންކުރަންވާނީ ކޮންމެ ކުއްޖެއްގެ ޙާލަތު ވަކިން subjective މިންގަނޑަކުން، 8 (ށ) ގެ މިންގަނޑުތަކަކީ exhaustive ލިސްޓެއް ނޫން

HN7 ކުއްޖާގެ މަޞްލަޙަތުގެ މިންގަނޑުތައް ފުށުއަރާނަމަ proportionality test ބޭނުންކޮށް، ކުއްޖާގެ ނަޒަރުން ވަޒަންކޮށް، ކުއްޖާއަށް އެންމެ ފައިދާހުރި ގޮތް އިޚްތިޔާރުކުރަންވާނެ؛ ބެލެނިވެރިންގެ ޙައްޤަށް ރިޢާޔަތްކުރަނީ ކުއްޖާގެ މަޞްލަޙަތަށް ފައިދާވާ މިންވަރަށް

HN8 ކުއްޖާއަށް ފައިދާހުރި ރަށްވެހިކަމެއް ލިބުމަށް ބަދަލުގައި ބައްދަލުކުރުމުގެ ޙައްޤު (24 ވަނަ މާއްދާ) ތަންފީޒުކުރުމުގެ މައްސަލަތައް ޝަރީޢަތުގެ ނިޒާމުން ވަކިން ޙައްލުކުރެވޭ ކަމަކަށްވާތީ، ބައްދަލުނުވުމަކީ ކުއްޖާއަށް ފައިދާވާ ކަމަކަށް ހުރަސްއެޅުމަށް ޖާއިޒު ސަބަބެއް ނޫން؛ ކުއްޖާގެ ރައުޔަށް (9 ވަނަ މާއްދާ) ބުރަދަން ދޭންވާނެ

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ، ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ، ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު

މައްސަލައިގެ ތަޢާރަފު

1މިއީ ފެމިލީ ކޯޓުގެ ނަންބަރ 1608/Fm-C/2023 ޤަޟިއްޔ އާ ކޯޓުން ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދޭ ××× ×××××x××××××××××××××××× )ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ×××××××( )މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ކުއްޖާގެ ބައްޕަ"( ދިވެހިރާއްޖޭގ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.

2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ××x×××××x××××××××××××××××××× )ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު xxxxxxxx( )މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ކުއްޖާގެ މަންމަ"( ގެ މައްޗަށެވެ.

މައްސަލައިގައި ކަންހިނގާފައިވާގޮތް

3އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތް ކައިވެނިކޮށް، އެ ކައިވެންޏަށް ×××××××××××××. ގައި އަންހެން ދަރި ×××××××××× )މީގެ ފަހުން "ކުއްޖާ" ނުވަތަ "ދަރި"( ލިބިފައިވެއެވެ.

4އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފި ރައްދުވު ފަރާތއެވަރިވެފައިވާއިރު، ދެ މީހުންނަށް ލިބިފައިވާ ދަރީގެ ޙަޟާނަތު ލިބިގަތުމަށް އެދި ކުއްޖާގެ މަންމަ ފެމިލީ ކޯޓަށް ހުށަހެޅިހިނދު، އ ކޯޓުގެ ނަންބަރ 636/Fm-C/2018 ޤަޟިއްޔާއިން މި ކުއްޖާގެ ޙަޟާނަތު ކުއްޖާގެ މަންމައާ ޙަވާލުކޮށްފައިވެއެވެ.

5މ ކުއްޖާ ދިރިއުޅުމަށް އިޚްތިޔާރުކުރާ ފަރާތެއް ކަނޑައެޅުމަށް އެދި ކުއްޖާގެ ބައްޕަ، ކުއްޖާގެ މަންމަގެ މައްޗަށް ފެމިލީ ކޯޓުގައި ދަޢުވާއެއް އުފުލިއެވެ. މި ދަޢުވާ ބެލި، އެ ކޯޓުގެ ނަންބަރ 1511/Fm-C/2022 ޤަޟިއްޔާގައި،މި ކުއްޖާއަށް ކުއްޖާގެ މައިންބަފައިން ކުރެ ކުއްޖާ އިޚްތިޔާރުކުރްފަރާތަކާއެކު ދިރިއުޅުމުގެ ޙައްޤު ލިބިގެންވާހިނދު، ކުއްޖާއަށް އިޚްތިޔާރުދިނުމުން ކުއްޖާ އިޚްތިޔާރުކޮށްފައިވަނީ ކުއްޖާގެ މަންމައާއެކު އުޅުމަށްކަމުނ، ކުއްޖާގެ މަންމައާއެކު ދިރިއުޅުމުގެ ޙައްޤު ކުއްޖާއަށް ލިބިގެންވާކަމުގައި ކަނޑައަޅައި، ކްއްޖާގެ ކަރާމާތާއި މަޞަ ލްޙ ތަށ އިސްކަންދީގެން ކުއްޖާގެ ބައްޕަ، ކުއްޖާއާ ވާހަކަދައްކައި، ބައްދަލުކޮށް ވަގުތު ހޭދަކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށާއި، ކުއްޖާގެ ބައްޕައާއި ކުއްޖާއާ ދެމެދު އޮންނަންވާނެ ގުޅުމަށް ހުރަސް އެޅޭނެ ކަމެއް ނުކުރުމަށް ކުއްޖާގެ މަންމައަށް އަންގާފައިވެއެވެ.

6ކުއްޖާއާ ވާހަކަދައްކައި، ބައްދަލުކޮށް، ވަގުތު ހޭދަކުރެވޭނެގޮތް ހަމަޖައްސައިދިނުމަށާއި، ކުއްޖާގެ ބައްޕައ ކުއްޖާއާ ދެމެދާ އޮންނަ ގުޅުމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށް ކުއްޖުގ މަންމަގެ މައްޗަށް ފެމިލީ ކޯޓުގެ ނަންބަރ 1511/Fm-C/2022 ޤަޟިއްޔާއިން ޙުކުމްކޮށްފައިވާއިރު، ޙުކުމާ އެއްގޮތަށް ޢަމަލުނުކުރާކަމަށް ބުނެ، ޙުކުމް ތަންފީޒުކުރުމަށް އެދި ކުއްޖާގެ މަންމަގެ މައްޗަށް ކުއްޖާގެ ބައްޕަ ފެމިލީ ކޯޓަށް 11 އެޕްރީލް 2023 ގައި ހުށަހެޅަ މައްސަލި އ ކޯޓުން ބަލާފައިވނ އެ ކޯޓުގެ ނަންބަރު 585/Fm-C/2023 ޤަޟިއްޔާއި ންނެވެ.

7ފެމިލީ ކޯޓުގެ ނަންބަރު 585/Fm-C/2023 ޤަޟިއްޔާ 12 ޖޫން 2023 ގައިނިންމާފައިވަނީ، ފެމިލީ ކޯޓުގެ ނަންބަރ 1511/Fm-C/2022 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ޢަމަލުކުރަމުން ގެންދިޔުމަށް ކުއްޖާގެ މަންމައަށް އަންގައެވެ.

8ކްއްޖާގ މަންމަގެ ނަމުގައި ތުރުކއިނީގެއެއް ގަނެ، އެ ގޭގައި ކުއްޖާގެ މަންމަގެ އިތުރުން ކުއްޖާ ރަޖިސްޓަރީވުމަށްޓަކައި، ޤާނޫނީ އަދި އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ކުރުމަށް ކުއްޖާގެ ބައްޕަ މަޤުބޫލު ސަބަބެއްނެތި އިޢުތިރާޟުކޮށްފައިވާކަމަށް ބުނެ، އެފަދަ ލިޔުމެއް ޝަރީޢަތް މެދުވެރިކޮށް ހޯދުމަށް އެދި ކުއްޖާގެ ބައްޕަގެ މައްޗަށް ކުއްޖާގެ މަންމަ ފެމިލީ ކޯޓަށް 18 އެޕްރީލް 2023 ގައި ހުށަހެޅި މައްސަލަ އެ ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 614/Fm-C/2023 ޤަޟިއްޔާގެ ގޮތުގައެވެ.

9މި މައްސަލަ އެ ކޯޓުން 31 މޭ 2023 ގައި ނިންމާފައިވަނީ، ކުއްޖާގެ މަންމަގެ ފަރާތުން މައްސަލައިގައި ހޯދުމަށް އެދޭ ފަރުވާ ލިބުމަށްޓަކައި ބޭނުންވާ ލިޔުން އޮތުން ލާޒިމުކުރާ ޤާނޫނ އަސާސީ ކުއްޖާގެ މަންމައަށް ސާބިތުކޮށްދެވިފައިނުވާތީ، ކުއްޖާގެ މަންމައަށް އެދިފައިވާފަދަ ލިޔުމެއް އެހިނދުގައި ދޫކުރާނ ޤާނޫނެ ހަމައެއް ނެތްކަމަށް ކަނޑައަޅައެވެ.

10ކުއްޖާއާ ވާހަކަދައްކައި، ބައްދަލުކޮށް، ވަގުތު ހޭދަކުރެވޭނެގޮތް ހަމަޖައްސައިދިނުމަށާއި، ކުއްޖާގެ ބައްޕައ ކުއްޖާއާ ދެމެދާ އޮންނަ ގުޅުމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށް ކުއްޖުގ މަންމަގެ މައްޗަށް ފެމިލީ ކޯޓުގެ ނަންބަރ 1511/Fm-C/2022 ޤަޟިއްޔާއިން ޙުކުމްކޮށްފައިވާއިރު، ޙުކުމާ އެއްގޮތަށް ޢަމަލުނުކުރާކަމަށް ބުނެ، ޙުކުމް ތަންފީޒުކުރުމަށް އެދި ކުއްޖާގެ މަންމަގެ މައްޗަށް ކުއްޖާގެ ބައްޕަ ފެމިލީ ކޯޓަށް 01 ނޮވުނެ ބަރް 2023 ގައަ ހުށަހެޅި މައްސަލަ އެ ކޯޓުން ބަލާފައިވނ އެ ކޯޓުގެ ނަންބަރު 1890/Fm-C/2023 ޤީޟިއުޔާއިންނެވެ. މިއީ ފެމިލް ކޯޓުގެ ނަންބަރ 1511/Fm-C/2022 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމަށް އެދި ކުއްޖާގެ ބައްޕަގެ ފަރާތުން ހުށަހެޅި ދެވަނަ ޤަޟިއްޔާއެވެ.

11މި ޤަޟިއްޔާ 08 ފެބުރުވަރީ 2024 ގައި ނިންމާފައިވަނީ،ޙުކުމާ އެއްގޮތަށް ކުއްޖާއާ ބައްދަލުނުވާކަން ދެ ފަރާތުގެ ވާހަކަތަކަށް ބެލުމުންވެސް އެނގެނުއޮންނާތީ، ޙުކުމާ އެއްގޮތަށް ޢަމަލުކުރަމުން ގެންދިޔުމަށް ކުއްޖާގެ މަންމައަށް އަންގައި، ގަވާއިދު ނަންބަރ R-10/2018 )ފެމިލީ ކޯޓުން ކުރާ ޙުކުމްތައް ތަންފީޛުކުރުމާބެހޭ ގަވާއިދު(ގެ 5 ވަނަ މާއްދާގެ )ހ( ގެ )4( ވަނަ ނަންބަރަށް ރިޢާޔަތްކޮށް، ފެމިލީ ކޯޓުގެ ނަންބަރު 1511/Fm-C/2022 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ޢަމަލުކުރުމަށް ކުއްޖާގެ މަންމަ ނުވަތަ އޭނާގެ ފަރާތުން އެއްވެސް މީހަކު ނުވަތަ ބަޔަކު ހުރަސްއަޅާނަމަ، އެކަމެއް ވަގުތުން ހުއްޓުވުމަށާއި، އެ ޙުކުމާ ގުޅިގެން ކުއްޖާއާ ބައްދަލުނުކުރެވިގެނ ކުއްޖާގެ ބައްޕަގެ ފަރާތުން މައްސަލައެއް ހުށި ހަޅައިފިނަމަ، ޙުކުމާ އެއްގޮތަށް ޢަމަލުކުރެވޭނީ އިންތިޒާމު ހަމަޖައްސައިދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ދައުލަތުގެ އެންމެހައި އިދާރާތަކުގެ މައްޗަށް އަންގައެވެ.

12ކުއްޖާއަށް ބޭނުންވާ މުހިންމު ލިޔުމެއް ހޯދުމަށް އެދި ކުއްޖާގެ މަންމަގެ ފަރާތުން ކުއްޖާގެ ބައްޕަގެ މައްޗަށ 20 ސެޕްޓެންބަރު 2023 ގައި ފެމިލީ ކޯޓަށް ހުށަހެޅި މައްސަލަ، އެ ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރ 1608/Fm-C/2023 ޤަޟިއްޔާއިންނެވެ. މިއީ މި ކޯޓުގައި އިސްތިއުނާފުކުރެވޭ ޤަޟިއްޔާއެވެ.

13ކުއްޖާގެ މަންމަގެފަރާތުން މި ދަޢުވި ހުށަހަޅާފައިވަނީ، ކުއްޖާގެ މަންމަގެ ނަމުގައި ތުރުކީގައ ގެއެއް ގަނެފައިވާތީ، ކުއްޖާގެ މަންމައަށް އެ ޤައުމުގެ ސިޓިޒެންޝިޕް ލިބިފައިވކަމާ ށާއި،ކުއްޖާގެ މަންމަގެ 18 )އަށާރަ( އަހަރު ނުފުރޭ ދަރިންނަށްވެސް ސުޓިޒަންޝިޕް ހޯދުމުގެ ފުރުޞަތު ލިބޭކަމަށާއި،ދެމަފިރިން ވަކިވެފައިވާ ޙާލަތުގައި، ސިޓިޒެންޝިޕަށ އެދެން މަންމަގެ ފަރާތުންނަމަ، އުފަނ ދަރިއަށް ނެޝަނަލިޓީ ލިބުމާމެދު ބައްޕގަ އިޢުތިރާޟެއް ނެތްކަމުގެ ލިޔުމެއް އޮންނަން ލާޒިމުކަމށާއި،ކުއްޖާގެބައްޕަގެ އިޢުތިރާޟެއް ނެތްކަމުގެ ލިޔުން ހޯދުމަށް އެދުމުން، އްލީޔުނ ދީފައިނުވާތެ،އިޢުތިރާޟެއް ނެތްކަމުގެ ލިޔުން ނުވަތަ ތުރުކީގެ އިދާރާތަކަށް ބޭނުންވާ ލިޔުމެއް ޝަރީޢަތް މެދުވެރިކޮށް ހޯދުމަށެވެ.

14މ ދަޢުވާގެ ޖަވާބުގައި، ކުއްޖާގެ ބައްޕަގެ ފަރާތުން ބުނެފައިވަނީ، ކުއްޖާގެ މަންމަގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާގައި އެދިފައިވާ ފަރުވާއަކީ ކޯޓަށް ޤާނޫނީ ގޮތުން ދެވިދާނެ ފަރުވާއެއްނޫންކމަށާއި، ދަޢުވާގައި ހޯދުމަށް އެދިފައިވާ ލިޔުމުގައި ސޮއިކުރުމަށް ކުއްޖާގެ ބައްޕައަށް މަޖުބޫރު ނުކުރެވޭނެކަމގައެވެ. ކުއްޖާގެ ބައްޕަގެ ފަރާތުނ މުޅި ދަޢުވާއަށް އިންކާރުކޮށްފައިވެއެވެ.

15މުގެ އިތުރުން، ދަޢުވާގެ ޖަވާބުގައި ކުއްޖާގެ ބައްޕަގެ ފަރާތުން ބުނެފައިވަނީ، ފެމިލީ ކޯޓުގެ ނަންބަރ 1511/Fm-C/2022 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ކުއްޖާއާ ބައްދަލުނުވާކަމަށާއި، އަދި އެ ޙުކުމާއި އެއްގޮތަށް ކުއްޖާގެ މަންމަ ޢަމަލުކުރަމުންނުދާކަމަށާއި، 2022 ވަނަ އަހަރުގެ އޮގަސްޓް މަހުނ ފެށިގެން ކުއްޖާއާ ބައްދަލުނުވާކަމަށާއި، ކުއްޖާގެ ބައްޕައަށް ކުއްޖާއާ ބައްދަލުކުރުމުގެ ފްރުޞަތު ނުދީ ހިފަހައްޓައި، ކުއްޖާއާ ބައްދަލުނުވެ ގިނަދުވަސްތަކެއްވެފައިވާއިރު، ކުއްލިއަށ ކުއްޖާއަށ އެހެން ޤައުމަކަށް ރައްޔިތުކަން ހަމަޖެއްސުމަށްޓަކައި ލިޔުމެއްގައި ސޮއިކުރުމަށް ރުހުން ދިނުމަށާއި، ކުއްޖާގެ ބައްޕަ ސޮއިކުރަންޖެހޭ ލިޔުމެއްގައި ސޮއިކުރުމުގެ ބްރު ކުއްޖާގެ މަންމައަށް ދިނުމަށް އެ ފަރާތުން ފޮނުވާއިރަށް ކުއްޖާގެ ބައްޕަ އެ ލިޔުމުގައި ސޮއިކުރަންޖެހޭ ސަބަބެއް ނެތްކަމަށާއި، އަދި އެފަދައިން ސޮއިކުރުމަށް އެހިނދު އިންކާރުކޮށްފައިވަނެއެކަށީގެންވާ ސަބަބތަކުގު މައްޗަށް ބިނާކޮށް ކަމުގައެވެ.

ދަށުން ކޯޓުން މައްސަލަ ނިންމިގޮތް

16ފެމިލީ ކޯޓުގެ ނަންބަރު 1608/Fm-C/2023 ޤަޟިއްޔާ ނިންމާފައިވަނީ،

16.1. ޤާނޫނު ނަންބަރު 2019/19 )ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު( )މީގެ ފަހުން "ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު"(ގެ 8 ވަނަ މާއްދާ އާއި 9 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ކުއްޖާއަށް ތުރިކގިސިޓިޒެންޝިޕ ހޯދުމަށް ބޭނުންވާ ކުއްޖާގެ ބައްޕަގެ އިޢުތިރާޟެއް ނެތްކަމުގެ ލިޔުމުގައި 26 ފެބުރުވަރީ 2025މ. އިން ފެށިގެން 05 )ފަހެއް( ދުވަހުގެ ތެރޭގައި ސޮއިކޮށް މިކަމަށް ބޭނުންވާ އެއްބާރުލުން ދިނުމަށް ކުއްޖާގެ ބައްޕައަށް އަންގައި،

16.2. ބުނެވިދިޔަ ލިޔުމުގައި ސޮއިކޮށް އެއްބާރުލުން ދިނުމަށް ކުއްޖާގެ ބައްޕްއިންކާރުކޮށްފިނަމަ، ކުއްޖާއަށް ތުރުކީސިޓިޒެންޝިޕ ހޯދުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ ބާރު މި ކުއްޖާގެ ޙަޟާނަތު ލިބިފައިވާ މި ކުއްޖާގެ މަންމއަށ ލިބިގެންވާކަމަށް ކަނޑައަޅައެވެ.

17މި ނިންމުމަށް ވާސިލުވުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްފައިވެއެވެ.

17.1. ކާއްޖާގ މަންމަގެ ފަރާތުން ތުރުކީގެ ސިޓިޒެންޝިޕ ޤާނޫނުގް ދަށުން ހަދާފައިވާކަމަށް ބުނާ ގަވާއިދުގެ ޞަފްޙާތަކުގެ ޞައްޙަކަމާމެދު ކުއްޖާގެ ބައްޕަގެ ފަރާތުން ސުވާލު އުފައްދާފައިވާ ޙާލަތުގައި، އެ ލިޔުންތަކުގެ ޞައްޙަކަން ސާބިތުކޮށްދިނުމާއި، ޤާނޫނާއި ގަވާއިދުގެ ދަށުނ އެފަދަ ލިޔުމެއް އޮންނަންޖެހޭކަމަށް މައްސަލަ ހުށަހަޅާނަމަ، އެކަން ސާބިތުކޮށްދިނުމަކީ އ ލިޔުމެއް ނުވަތަ އެފަދަ ދަޢުވާއެއް ހުށަހަޅާ ފަރާތުން ކުރަންޖެހޭ ކަމެއްކަން އެނގޭކަމަށާއި، ކުޑަކުދިންނ ގުޅާ ކަންކަން ނިންމުމުގައި އެންމެ އިސްކަމެއް ދޭންޖެހެނީ އެ ކުދްންގެ މަޞްލަޙަތި ހިމާޔަތްކުރުމަށްކަމަށ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވުމުން، ބިދޭސީ ޤާނޫނުގައި ކަން އޮތް ގޮތް ސާބިތުކުރުމުގައި ޢަމަލުކުރެވޭ މައިގަނޑު ދެ އުޞޫލުގެ ތެރެއިން ފުރަތަމަ އުޞޫލަށް ޢަމަލުކޮށް މައްސަލަ ބަލާ ފަނޑިޔާރު އަމިއްލައަށް އެ ޤް ނޫނުގައިވާ ކަންކަމަށް ރިޢާޔަތްކޮށް ހުށަހެޅިފައިވާ މައްސަލައިގެ ވަޤިއާތަކުގ މައްޗަށް އެ ޤާނޫނު ތަޠުބީޤުކުރުމަށްޓަކައި، މި މައްސަލައާ ގުޅިގެން ތުރުކީގެ ސިޓިޒެންޝިޕ ޤާނޫނުގެ ރަސްމީ އްނު ގިރޭސި ތަރުޖަމާއަކާއި، އެހެނިހެންމަޢލޫމާތު މިނިސްޓްރީ އޮފް ފޮރިނގ އެފެއާޒް މެދުވެރިކޮށް ހޯދާފައިވާކަން

17.2. މިނިސްޓްރީ އޮފް ފޮރިނގް އެފެއާޒްއި ން ހިއްސާކޮށްފައިވާ ލިންކްގައިވާ، ޓަރކިޝ ސިޓިޒަންޝިޕް ލޯގެ 20 ވަނަ މާއްދާގެ )2( ވަނަ ނަންބަރުގައި، “Children whose guardianship belongs to the mother or the father … in case the other spouse consents, shall acquire Turkish citizenship. In case of lack of consent, action shall be taken according to the decision of a judge in a country of habitual residence of the mother or the father…” މިފަދައިން ބަޔާންކޮށްފައިވާކަން.

17.3. މި މާއްދާއިން ކުއްޖާގެ މައިންބަފައިން ވަކިވެފައިވާ ޙާލަތުގައި، ކުއްޖާގެ މަންމަގެ ފަރާތުން ސިޓިޒެންޝިޕ ހޯދުމަށް އެދް ހުށަހަޅާފައިވާއިރު ކުއްޖާގެ ބައްޕަގެ ރުހުން އެކަމުގައި އޮންނަންޖެހޭކަން އެނގޭކމަށާއި،ކުއްޖާގެ ބައްޕަގެ ރުހުން ލިބިފައިނުވާނަމަ ކުއްޖާގެ މަންމަ ނުވަތު ބައްޕަ ދިރިއުޅޭ ޤައުމެއްގެ ފަނޑިޔާރަށް އެކަމުގައި ގޮތެއް ކަނޑައެޅޭނެކަނ އެނގެން އޮތަތީ، ހުށަހެޅިފައިވާ މައްސަލައަށް މި ޤާނޫނު ތަޠުބީޤުކުރާއިރު، ކުއްޖާއަށް ތުރުކގީ ސިޓިޒެންޝިޕް ހޯދުމަށް ބޭނުންވާ ކުއްޖާގެ ބައްޕަގެ އިޢުތިރާޟެއްނެތްކަމުގެ ލިޔުން ދިނުމަށް ކުއްޖާގެ ބައްޕަ އިޢުތިރާޟުކުރާ ޙާލަތުގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭކަނ

17.4. ކުއްޖާގެ މަންމަ އެދިފައިވާ ލިޔުން ދިނުމަށް އިޢުތިރާޟުކުރާ އަނެއް ސަބަބަކީ، ކުއްޖާއށަ ތުރުކީގެ ސިޓިޒެންޝިޕް ލިބިއްޖެނަމަ، ކުއްޖާ ދާއިމީ ވަޒަނުން ބޭރަށް ގެންދިޔުމަށް ކުއްޖާގެ މަންމައަށް ފުރުޞަތު ފަހިވެ، ރާއްޖޭގެ ޤާނޫނީ ބާރު ނުހިނގާނެ ހިސާބަކަށް ކުއްޖާ ގެންގޮސް، ކުއްޖާގެ ބައްޕައާ އޮންނަ ގުޅުން އެއްކޮށް ކެނޑުމުގެ އިހެތިމާލު ފާޅުކަން ބޮޑު ގޮތެއްގައި އޮތުމުންކަމަށް ކުއްޖާގެ ބައްޕަ ބުނެފައިވާއިރު، ކުއްޖާގެ ޙަޟާނަތުގެ ޙައްޤު ލިބިފައިވާ ފަރާތުގެ ރަށަށް ކުއްޖާ ގޮވައިގެން ދިޔުމުގެ ހުރަހެއްނެތްކަން ޢާއިލާއާބެހޭ ޤާނޫނުގެ 42 ވަނަ މާއްދާގެ )ނ( ގެ މަފްހޫމަށް ބެލުމުން އެނގޭއިރެ،ކުއްޖާގެ މަންމައަށް ތުރުކީ ގ ރަށްވެހިކަން ލިބިފައިވާ މި ޙާލަތުގައި، ރަށްވެހިކަން ލިބިފައިވާ ޤައުމަށް ދިޔުމާއި،ދިރިއުޅުން ބަދަލުކުރުމުގެ ހުރަހެއް މިހިނދުގައިވެސ ޤާނޫން ތަރަހައިން ނެތްކަން ފާހަގަކުރެވޭއިރު، ކުއްޖާގެ ބައްޕަގެ މ އިޢުތިރާޟު ބަލައިގަނެވެން ނެތްކަން

17.5. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 9 ވަނި މާއްދާގައި އަމިއްލަ ރައުޔެއް އުފަންކުރުމުގެ ޤާބިލުކަން ލިބިފައިވާ ކޮންމެ ކުއްޖަކަށްމ އެ ކުއްޖާއާ ގުޅޭ އެންމެހައި ކަންކަމުގައި އެ ކުއްޖާގެ ރައުޔު ހާމަކުރުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައީވާތީ، މ ކުއްޖާވެސް ތުރުކީ ގެ ރަށްވެހިކަން ބޭނުންވާކަން މި ކުއްޖާގެ ބަހުން އެނގޭއިރު، ތުރުކގ ރަށްވެހިކަން ލިބިގެން ކުއްޖާއަށް ކުރާން ގެއްލުމެއް ކުއްޖާގެ ބައްޕައަށް ބުނެދެވިފައިނުވާއިރު، މި ރަށްވެހިކަމުގެ ސަބަބުން ކުއްޖާއަށް މަންފާކުރާނެތީ، މި ކުއްޖާގެ މަޞްލަޙަތުގައި ރަށްވެހިކަން ނުލިބުމަށްވުރެ ރަށްވެހިކަން ލިބުމަކީ އެންމެ ރަނގަޅު އަދި ފައިދާ ބޮޑުގޮތްކަނ

17.6. ކުއްޖާއާ ބައްދަލުވެ ވަގުތު ހޭދަކުރުމުގެ ފުރުޞަތު ނުލިބޭކަމަށް ބުނެ ކުއްޖާގެ ބައްޕަ ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، އެކަންކަމާއި ގުޅިގެން މައްސަލަ ހުށަހެޅް،ޙުކުމް ތަންފީޒުކުރުމަށްޓަކައި ޝަރީޢަތުން ގޮތްތަކެއް ކަނޑައަޅާފައިވާކަން ޚަޞްމުންގެ ބަހުން އެނގޭތީއާއި، އެ ޙަޤީޤަތްތަކުގެ މައްޗަށް މި މައްސަލައިގެ ތެރޭގައި ގޮތެއް ކަނޑައެޅޭނެ ތަނެއް ނެތްކަން އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް

18ފެމިލީ ކޯޓުގެ ނަންބަރ 1608/Fm-C/2023 ޤަޟިއްޔާ،އެ ކޯޓުން ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދޭ އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި 3 )ތިނެއް( ނުކުތާތަކެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛

18.1. ފެމިލީ ކޯޓުގެ ނަންބަރ 1608/Fm-C/2023 ޤަޟިއްޔާގައި އިސްތިއުނާފި ރައްދުވު ފަރާތުން ހުށަހެޅް ދަޢުވި ސާބިތުކުރުމަށްޓަކައި، ބިދޭސީ ޤާނޫނުގައި ކަން އޮތްގޮތް ސާބިތުކުރުމަށްޓަކައ މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާ އެއްގޮތަށް، ބިދޭސީ ޤާނޫނުގެ ޞައްޙަކަން ކަށަވަރުވާ ތަރުޖަމާއެއް ހުށްހަޅާފައިނުވަނީސް އަދި އެފަދައިން ބިދޭސީ ޤާނޫނުގައި ކަން އޮތްގޮތް ސާބިތުކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތަށް ޤާނޫނީގޮތުން އޮތް ބުރަ އެ ފަރާތުނ އަދާކޮށްފައިނުވަނީސް، ދަޢުވާކުރާ ފަރާތުން އަދާކުރަންޖެހޭ ޒިންމާ ފަނޑިޔާރު އަދާކުރައްވައި، ތުރުކީވިލާތުގެ ޤާނޫންއުޞޫލުތައް ހޯއްދެވުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް މެދުވެރިކޮށް ތަކުރާރުކޮށް ތުރުކީވިލާތުގެ އިދާރާތަކަށް ލިޔުއްވައި، ފެމިލީ ކޯޓުން ހޯދަން ބޭނުނީވް ތުރުކީ ސިޓިޒެންޝިޕ ގަވާއިދް ލިބިފައިނުވުމުން، އެ ޤައުމުގެ ސިޓިޒެންޝިޕ ޤާނޫނުގް ތަރުޖަމާއެއް ހޯއްދަވައި އެ ތަރުޖަމާއަށ ރިޢާޔަތްކޮށް ފެމިލީ ކޯޓުން މައްސަލަ ނިންމަވާފައިވަނީ އަމިއްލަ އިސްނެގުމަށް ހޯއްދެވި އެއްވެސް މަޢުލޫމާތެއް އަދި ލިޔުމެއްވެސް އިސްތިއުނާފްކުރާ ފަރާތަށް ހިއްސާކުރުމެއްނެތ އަދި އެ ލިޔުންތަކާ ގުޅިގެނުބަސްބުނުމުގެ ފުރުޞަތުވެސް ދިނުމެއްނެތި ކަމަށްވުމުން، ފެމިލީ ކޯޓުގެ އެ ނިންމެވުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/44 އިސްމާޢީލޝް ޖާޢު ވ. ޔޫސުފް ރިޟާޤަޟިއްޔާގައ ބަޔާންކުރި ކޯޓުން ހޯދު ލިޔުންތަކާ ގުޅިގެނާ ޚަޞްމުންނަށް ބަސްބުނުމުގެ ފުރުޞަތު ދިނުމުގެ އުޞޫލާ ޚިލާފު ނިންމުމެއްކަމުން އެ ނިންމމަކ ޤާނޫނު އަސާސީގެ 143 ވަން މާއްދާގަ )ރ( އާ ޚިލާފު ނިންމުމެއްކަމަށާބުނެ ހުށަހެޅި ނުކުތާއާއި،

18.2. ފެމިލީ ކޯޓުގެ ނަންބަރ 1608/Fm-C/2023 ޤަޟިއްޔާގައިފެމިލީ ކޯޓުން ފަރުވާ ދީފައިވަނީ އިސްތިއުނާފ ރައްދުވު ފަރާތުން ފާމިލީ ކޯޓުގައި އުފުލި ދަޢުވާއާއި ދަޢުވާ ބިނާކުރި ލިޔުންތަކުގައި ބަޔާންކޮށްފައިވާ ކަންކަމުގައި ފާހަގަކޮށްފައިވާ ކަންކަމާއި އެދިފައިވާ ފަރުވާއާ ޚިލާފަށަ ކަމަށްވުމުން ފެމިލީ ކޯޓުގެ އެ ނިންމެވުމަކީ ޚަޞްމުންގެ ފަރާތުން ފައްސެލާކުރަނ އެދިފައިނުވާކަމަށ ކޯޓުން ގޮތް ނިންމައިގެން ނުވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ނަންބަރ 2013/SC-A/44 މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިމެޓް ވ. ޝަމްޢީލް ރަޝީދުޤަޟިއްޔާގައ ކަނޑައަޅާފައިވި އުޞޫލާ ޚިލާފަށްކަމަށބުނެ ހުށަހެޅި ނުކުތާ، އަދ

18.3. އިސްތިއުނާފުކުރި ފަރާތުގާ ދަރިފުޅު ތުރުކިޔޭގެ ސިޓިޒެންޝިޕް ހޯދުމުގެ ލިޔުމުގައި ސޮއިކުރުމާ ގުޅޭގޮތުން އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމަށާއި، އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅުގެ ޙައްޤަށްއިސްތިއުނާފު ރައްދުވާ ފަރާތުން ހުރަސްއަޅައި ދަރިފުޅާ ބައްދަލުނުކުރެވޭ ގޮތަށް ކަންކަން އިންތިޒާމްކޮށްފައިވާތ 2 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަމާއި، ފެމިލީ ކޯޓުގެ ޙުކުމްތަކާ އެއްގޮތަށް ޢަމަލުނުކުރާކަން ފާހަގަކޮށްފައިވަނިކޮށ އެކަންކަމަށް ރިޢާޔަތްނުކޮށެފެމިލީ ކޯޓުނ މައްސަލަ ނިންމާފައިވަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާއާއި، 24 ވަނަ މާއްދާގެ )ހ( އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

19ފުރަތަމަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން ކުއްޖާގެ ބައްޕަގެ ފަރާތުނިބުނެފައިވަނޫމީ މައުޟުޢ ގައި ފެމިލީ ކޯޓުން ކުރިންވެސް މައްސަލައެއް ބަލައި ކުއްޖާގެ މަންމަގެ ފަރާތުން އެދުނު ފަރުވާ ދީފައިނުވާކަމުގައެވެ.

20ކްއްޖާގ މަންމަގެ ފަރާތުން އޭރު ހުށަހެޅި މައްސަލައިގައި ކޯޓުން ހޯދުމަށް އެދުނު ފަރުވާ ލިބުމަށްޓަކައި ބޭނުންވާ ލިޔުން ހޯދުމަށް ލާޒިމުކުރާ ޤާނޫނީ އަސާސް ހުށަހެޅުމަށް ފެމިލީ ކޯޓުނ ދިން ފުރުޞަތުގައިވެސ އެފަދް ލިޔުމެއް ހުށަހަޅާފައިނުވާތީ އެ ފަރުވާ ދެވޭނެ ހަމައެއްނެތްކަމަށް ފެމިލީ ކޯޓުން ކަނޑައެޅުމުން އިސްތިއުނާފުކުރެވޭ މި މައްސަލައިގައި ކުއްޖާގެ މަންމަގެ ފަރާތުނ ފެމިލީ ކޯޓަށް ހުށަހެޅީ ތުރުކީ ސިޓިޒެންޝިޕ ޤާނޫނުގް ދަށުން ހަދާފައިވާ ގ ވާއިދެއްކަމށްވ “Regulation on the Implementation of the Turkish Citizenship Law” ކަމުގައެވެ.

21މި މައްސަލައާ ގުޅިގެން ކުއްޖާގެ މަންމަގެ ފަރާތުން ފެމިލީ ކޯޓަށް ހުށަހެޅި ލިޔުންތަކުގައި މި ގަވާއިދުކަމަށ ބުން ހުށަހަޅާފައިވަނީ އެ ގަވާއިދުގެ ބައެއްގެ އިނގިރޭސި ތަރުޖަމާ ކަމަށް ބުނީ

02 )ދޭއް( ސަފްހާއެއްކަމށާއި،މި ލިޔުމުގެޞައްޙެކަން ސާބިތުކޮށްދިނުމަކީ އެ ފަރާތުގެ ޒިންމާއަކަށްވާއިރު، މި ތަރުޖަމާގެޞައްޙަކަނ އެނގޭނެ އެއްވެސް ގޮތެއް ނެތްކަން ކުއްޖާގެ ބައްޕަގެ ފަރާތުން ފާހަގަކުރިކަމުގައެވެ.

22މިކަމ ގުޅިގެނާ ކުއްޖާގެ މަންމަގެ ފަރާތުން ބުނެފައިވަނީ އެ ލިޔުމުގެޞައްޙެކަމާގުޅިގެން ސުވާލު އުފައްދާނަމަ، އެކަން ސާބިތުކޮށްދިނުމަކީ ކުއްޖާގެ ބައްޕަގެ ޒިންމާއެއްކަމުގައެވެ. މިމައްސަލައިގ އަޑުއެހުންތައް ނިންމާލިއިރުވެސް ކުއްޖާގެ މަންމަގެ ފަރާތުން ފެމިލީ ކޯޓަށް ހުށަހެޅި ތަރުޖަމާގ ޞައްޙަކަން އެނގޭނެ އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވާކަމުގައެވެ.

23ކުއްޖާގެ މަންމަގެ ފަރާތުން ފެމިލީ ކޯޓަށް މައްސަލަ ހުށަހެޅީ ތުރުކީގެ ސިޓިޒެންޝިޕް ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދަކާއި ޙަވާލާދީކަމށއި، އެ ޤާނޫނާ ޙަވާލާދީނޫންކަމުގައެވެ.

24މައްސަލައިގައި އެއްވެސް ލިޔުމެއް ހޯދުމަށް ފެމިލީ ކޯޓުން މަސައްކަތްކުރަމުންދާކަން ކުއްޖާގެ ބައްޕައަށް އެނގިފައިނުވާކަމށާއި، މައްސަލައިގައް ޝަރީޢަތް ނިމުމަށް ޙުކުމް އިއްވުމުގައި ފެމިލީ ކޯޓުން މިނިސްޓްރީ އޮފް ފޮރިނގެއެފެއާޒ މެދުވެރިކޮށް ތުރުކގީޝިޓިޒެންޝިޕްޤާނޫނުގ އިނގިރޭސި ތަރުޖަމާ ހޯދާފައިވާކަން ކުއްޖާގެ ބައްޕައަށް އެނގުނުކަމުގައެވެ. މި މައްސަލައިގައ ފެމިލީ ކޯޓުން ރިޢާޔަތްކޮށްފައިވަނީ މިނިސްޓްރީ އޮފް ފޮރިނގ އެފެއާޒް މެދުވެރިކޮށް ހޯދާފައިވާ ތުރުކީގެ ސިޓިޒެންޝިޕް ޤާނޫނުގެ 20 ވަނަ މާއްދަގެ )2( ވަނަ ނަންބަރަށްކަމށާއި،މިއީ މި މައްސަލައިގައ ކުއްޖާގެ މަންމަގެ ފަރާތުން ފެމިލީ ކޯޓަށް ހުށަހަޅާފައިވާ ލިޔުމެއްނޫންކަމށާއި، މިއީ އެ ފަރާތުގެ ދަޢުވާ ބިނާކުރި އަސާސެއްވެސް ނޫންކަމުގައެވެ.

25ކްއްޖާގ މަންމަގެ ފަރާތުން ޙަވާލާދޭ ގަވާއިދުގެ އިނގިރޭސި ތަރުޖަމާ ހޯދުމަށް ފެމިލީ ކޯޓުން މިނިސްޓްރީ އޮފް ފޮރިނގަ އެފެއާޒް މެދުވެރިކޮށް ކުރި މަސައްކަތުން އެ ގަވާއިދުގެ އިނގިރޭސި ތަރުޖަމާއެއް ލިބިފައިނުވާކަމށާއި،މ މައްސަލައިގައި ފެމިލީ ކޯޓުން ރިޢާޔަތްކޮށްފައިވަނީ މިނިސްޓްރީ އޮފް ފޮރިނގ އެފެއާޒް މެދުވެރިކޮށް ހޯދާފައިވާ ތުރުކީ ސިޓިޒެންޝިޕް ޤާނޫނުގެ 20 ވަނަ މާއްދާގެ )2( ވަނަ ނަންބަރަށް ކަމުގައެވެ.

26ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/44 އިސްމާޢީލްޝު ޖާޢު ވ. ޔޫސުފް ރިޟާޤަޟިއްޔާގައި، މައްސަލަ ބަލާ ފަނޑިޔާރުންނަށް ކަންކަން ފާހަގަކުރެވިގެން ހޯދާ ލިޔުންތައް އެ މައްސަލައިގައި ހިމެނޭ އެންމެހާ ފަރާތްތަކާ ހިއްސާކޮށް، ބަސް ބުނުމުގެ ފުރުޞަތު ދޭންވާނެކަމށާއި،ފަނޑިޔާރު ހޯދު މަޢުލޫމާތެއްވިޔަސް، އަދި ކޮންމެވެސް އެއް ފަރާތަކާ ކުރާ ސަވާލަކަށްވިޔަސް، އެ ކަންކަން ތަޢުނުކޮށް އަދި މުނާގަޝާކުރުމުގެ ފުރުޞަތު އޮންނަނީ ޖެހޭނެކަމުށއި، މައްސަލަ ބެލުމުގެ ތެރޭގައި ޚަޞްމުން ފާހަގަނުކުރާ، އެހެން ނަމަވެސް، ފާޅުކަންބޮޑު ގޮތެއްގައި ފަނޑިޔާރަށް ފާހަގަކުރެވޭ ޤާނޫނީ ކަމެއްވާނަމަ، އެކަމާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން، އެކަމާމެދު މައްސަލައިގެ ޚަޞްމުން ދެކޭ ގޮތް ހޯދައި، އަދި ޚަޞްމުން އެދޭނަމަ، އެއަ ފަރާތުން އަނެއް ފަރާތަކާ ދައްކާ ވާހަކަތައް ޖަދަލުކޮށް، ތިޢނުކުރުމުގެ ފުރުޞަތު ދޭންވާނެކަމުގައ ކަނޑައަޅާފައިވާކަމުގައެވެ.

27ފެމިލީ ކޯޓުން ސިޓިޒެންޝިޕ ޤާނޫނުގް އިނގިރޭސި ތަރުޖަމާ ހޯދާފައިވިއިރު، މި ލިޔުމއަ ގުޅޭ ގޮތުން ބަހެއް ބުނުމުގެ ފުރުޞަތު ކުއްޖާގެ ބައްޕައަށް ދީފައިނުވާކަމށާއި، އަދި މައްސަލައިގެ ތެރެއިން މި ލިޔުން ކުއްޖާގެ ބައްޕައާ ހިއްސާކޮށްކޮށްފައިނުވާކަމުގައެވެ.

28މި މައްސަލައިގެ ދަޢުވާގައި ކުއްޖާގެ މަންމަގެ ފަރާތުން ކުއްޖާގެ ބައްޕަގެ ސޮއި ބޭނުންވާކަމަށް ބުނެ ހުށަހެޅި ނަމޫނާ ލިޔުންކަމަށ ބުން ލިޔުމަކާ ކުއްޖާގެ ބައްޕަ ސޮއިކުރަންޖެހޭ ލިޔުމެއްކަން އެނގޭނެ އެއްވެސް އެއްޗެއް ކޯޓަށް ހުށަހެޅިފައިނުވާއިރު، ދަޢުވާ ހުށަހެޅ އަސާސްނޫނ މުޅިން އެހެން އަސާސަކަށް ޙަވާލާދީ މައްސަލަ ނިންމާފައިވަނީ ފަނޑިޔާރު އަމިއްލއަށ ހޯދި މަޢުލޫމާތުގެ މައްޗަށް ބިނާކޮށްގެންކަމުގައެވެ.

29ދެވަނަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން ކުއްޖާގެ ބައްޕަގެ ފަރާތުން ބުނެފައިވަނީކުއްޖާގެ މަންމަގެ ފަރާތުން ފެމިލީ ކޯޓަށް ހުށަހެޅި ފޯމުގައި އެދިފައިވަނީ، ކުއްޖާގެ ސިޓިޒެންޝިޕ ހޯދުމަށް ކުއްޖާގެ ބައްޕަ ދޭންޖެހޭ ލިޔުން ކޯޓު މެދުވެރިކޮށް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށްކަމުގައެވެ.

30މި މައްސަލައިގައި ޙުކުމްކޮށްފައިވަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާއާއި 9 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ކުއްޖާއަށް ތުރުކީ ސިޓިޒެންޝިޕ ހޯދުމަށް ބޭނުންވާ ކުއްޖާގެ ބައްޕަގެ އިޢުތިރާޟެއްނެތްކަމުގެ ލިޔުމުގައި 05 )ފަހެއް( ދުވަހުގެ ތެރޭގައި ސޮއިކޮށް މިކަމަށް އެއްބާރުލުން ދިނުމަށް ކުއްޖާގެ ބައްޕަ އިންކާރުކޮށްފިނަމަ، ކުއްޖާއަށް ތުރުކއިނ ސިޓިޒެންޝިޕ ހޯދުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމުގެ ބާރު ކުއްޖާގެ މަންމައަށް ލިބިގެންވާކަމަށް ކަނޑައަޅައި ކަމުގައިވާއިރު، މިއީ ކުއްޖާގެ މަންމަގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅ ދަޢުވާގައި އެދިފައިވާ ފަރުވާއެއްނޫންކަމުގައެވެ.

31މ މައްސަލައިގައި ކޯޓަށި ހުށަހެޅް ނަމޫނާ ލިޔުމަކީ ތުރުކީގެ އެއްވެސް ޤާނޫނެއްގެ ދަށުން ކުއްޖާގެ ބައްޕަގެ ފަރާތުން ސޮއިކުރަންޖެހޭ ގޮތަށް ކަނޑައަޅާފައިވާ ލިޔުމެއްކަން އެނގެން ނެތްކަމަށާއި، އެކަން ފެމިލީ ކޯޓަށްވެސް ޔަޤީންކުރެވިފައިނުވާކަމުގައެވެ.

32ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/44 މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޝަމްޢލީ ރަޝީދުޤަޟިއްޔާގައި ކޯޓުން ޙުކުމްކުރަންވާނީ ޚަޞްމުންގެ ފަރާތުން ހުށަހަޅާފައިވާ ވަޤާއިޢުތަކުގެ މައްޗަށް ބިނާކޮށް، ފައިސަލާކުރުމަށް އެދިފައިވާ ކަންތައްތަކަށްކަމށާއި، ޚަޞްމުން އެދިފައިނުވާ ކަންކަމަށް ފައިސަލާކޮށްގެންނުވާނެކަމުގައި ބަޔާންކޮށްފައިވާކަމުގައެވެ.

33ނަމަވެސް މި އުޞޫލާއި ކަނޑައެޅިގެން ޚިލާފުވެ ފެމިލީ ކޯޓުން ނިންމާފައިވާ ނިންމުމަކީ ބަޔާންކުރަނިވި ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް، އަދި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާ ޚިލާފުވާގޮތަށް ނިންމާފައިވާ ނިންމުމެއްކަމުގައެވެ.

34ތިންވަނަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން ކުއްޖާގެ ބައްޕަގެ ފަރާތުން ބުނެފައިވަނީފެމިލީ ކޯޓުގެ ނަންބަރ 636/Fm-C/2018 ޤަޟިއްޔާއިން ކުއްޖާގެ ޙަޟާނަތު ކުއްޖާގެ މަންމައާ ޙަވާލުކުރެވި، ކުއްޖާއާ ބައްދަލުކުރުމުގެ ޙައްޤު ކުއްޖާގެ ބައްޕައަށް ކަށަވަރުކޮށްދިނުމަށ އަމުރުކޮށްފައިވީނަމަވެސް، މި ޙުކުމާއި އެއްގޮތަށް ކުއްޖާގެ މަންމަގެ ފަރާތުނ ޢަމަލުކޮށްފައިނުވާކަމުގައެވެ.

35ކުއްޖާގެ ބައްޕައަކީ ކޮބައިކަން އެނގުމާއި، ބައްޕަގެ ލޯތްބާއި އަޅާލުން ލިބުމާއި، ބައްޕަ ފަރާތު ޢާއިލާއާއެކު ރަނގަޅު ގުޅުމެއް ބޭއްވުމަކީ ކުއްޖާގެ ޙައްޤެއްކަމުގައެވެ. އަދި އެއީ އެ ފަރާތްތަކުގެ ޙައްޤެއްކަމުގައެވެ. ފެމިލީ ކޯޓުގެ ނަންބަރ 1511/Fm-C/2022 ޤަޟިއްޔާއަށްފަހު، ކުއްޖާގެ ބައްޕައާ ބައްދަލުކުރުމަށް އިންތިޒާމު ހަމަޖައްސައިދިނުމަށް އެދުނު ނަމަވެސް، އެ އިންތިޒާމު ހަމަޖައްސައިދީފައިނުވާކަމުގައެވެ.

36ކުއްޖާއާ ބައްދަލުކުރުވުން 2022 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ހުއްޓުވާފައިވާކަމުގައެވެ.

37ކޮންމެ ކުއްޖަކީވެސް މަންމައާއި ބައްޕަ އަދި ދެ ފަރާތުގެ ޢާއިލާގެ ލޯތްބާއި އަޅާލުން ލިބިގެން ހެދިބޮޑުވުމުގެ ޙައްޤު ލިބިފައިވާ ކުއްޖެއްކަނ ކަށަވަރުކުރުމަށް ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބަޔާންކުރާއިރު، މި ޤާނޫނުގެ 24 ވަނަ މާއްދާގެ ދަށުން ކުއްޖާ، ކުއްޖާގެ މަންމަ ނުވަތަ ކުއްޖާގެ ބައްޕައާ ވަކިން ދިރިއުޅޭ ޙާލަތުގައި، ވަކިން ދިރިއުޅޭ ފަރާތް ގަވާއިދުން ބައްދަލުކޮށް، އެ ފަރާތާ ގުޅުން ބަދަހިކުރުމުގެ ޙައްޤުވެސް ލިބިގެންވާކަން ބަޔާންކޮށްފައިވާކަމުގައެވެ.

38މިގޮތުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ )ށ( ގެ )3( ވަނަ ނަންބަރްގައި ބަޔާންކޮށްފައިވާ ގޮތުން ކުއްޖާގެ މަޞްލަޙަތަށް އެންމެ ފައިދާ ހުރިގޮތް ކަނޑައެޅުމުގައި، ކުއްޖާ ޢާއިލީ މާހައުލެއްގައި ދެމިހުރުމުގެ މުހިންމުކަމާއި ޢާއިލާގެ މެންބަރުންނާ ކުއްޖާއާ އޮތް ގުޅުން ދެމެހެއްޓުމަށް ރިޢާޔަތްކުރަންވާނެކަމުގައި ބަޔާންކޮށްފައިވާކަމުގައވެ.

39ފާއިތުވެ 02 )ދޭއް( އަހަރާއި، ހިނގަމުންމިދާ ކޮންމެ ދުވަހެއްގައިވެސް، ކުއްޖާއާ ބައްދަލުނުކުރެވުމާއި، ވާހަކަ ދެއްކުމުގެ ފުރުޞަތު ނުލިބުމުން، ކުއްޖާއާއި ކުއްޖާގެ ބައްޕަގެ ދެމެދު އޮންނަ ގުޅުން ދަނީ ހީނަރުވަމުންކަމށާއި،ކުއްޖާއަށް ފައިދާ ހުރި ކަންކަމުގައި ކުއްޖާގެ ބައްޕަގެ ފަރާތުން އެއްވެސް ހުރަހެއް ކުރިމަތިކޮށްފައިނުވާނެކަމުގައެވެ.

40ކުއްޖާއާ ބައްދަލުނުވެ، ޙުކުމާއި އެއްގޮތަށް ކުއްޖާގެ މަންމަ ޢަމަލުކޮށްފައިނުވާކަމުގައި ބުނެފައިވާއިރު، އެ ޙަޤީޤަތްތަކުގެ މައްޗަށް މައްސަލައިގެ ތެރެއިން ގޮތެއް ކަނޑައެޅޭނެ ތަނެއް ނެތްކަމަށް ނިންމާފައިވަނީ، ކުއްޖާގެ ބައްޕަގެ ކޮންސާންތަކަށް ނުބަލައި، ކުޑަކުދިނުގެ ޙައްޤުތައް ރައްކާތެރިކުރުމގ ޤާނޫނުގެ 8 ވަނަ މާއްދާއާއި 24 ވަނަ މާއްދާގެ )ހ( އާ ޚިލާފަށްކަމުގައެވެ.

41އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ އަންނަނިވި ފަރުވާތައް ކޯޓުން ނަގައިދިނުމަށެވެ.

41.1. ދްވެހިރާއްޖޭގެހައިކޯޓުނަފައުސލާކުރަނިވި ޙުކުމެއް ކުރަންދެން ފެމިލީ ކޯޓުގެ ނަންބަރ 1608/Fm-C/2023 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުން ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށާއި، ކަމާބެހޭ އެންމެހާ ފަރާތްތަކުގެ މައްޗަށް އަންގައި އަމުރުކޮށްދިނުމަށާއި،

41.2. ފެމިލީ ކޯޓުގެ ނަންބަރު 1608/Fm-C/2023 ޤަޟިއްޔާގައި ބިދޭސީ ޤާނޫނު ތަޠުބީޤުކުރުމުގައި ޢަމަލުކޮށްފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމުގައ ކަނޑައަޅައިދިނުމަށާއި،

41.3. ފެމިލީ ކޯޓުގެ ނަންބަރު 1608/Fm-C/2023 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަކީ ދަޢުވާގައި އެދިފައިނުވާކަމަކަށް ފަރުވާ ނުދިނުމުގެ އުޞޫލާ ޚިލާފު ނިންމުމެއްކަމުގައ ކަނޑައަޅައިދިނުމަށާއި، އަދ

41.4. ފެމިލީ ކޯޓުގެ ނަންބަރު 1608/Fm-C/2023 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ނިންމުމެއްކަމުގައި ކަނޑައަޅައި އެނިންމުނ ބާޠިލުކޮށްދިނުމަށެވެ.

އިސްތިއުނާފީ ނުކުތާތަކުގެ ރައްދު

42އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ރައްދުގައިކުއްޖާގ މަންމަގެ ފަރާތުން ބުނެފައިވަނީ، ކުއްޖާގެ މަންމަގެ ފަރާތުން ފެމިލީ ކޯޓަށް ހުށަހެޅި މައްސަލައަށް ތަޠުބީޤުކުރަންޖެހޭނީ ބިދޭސީ ޤާނޫނ ނޫންކަމށާއ، އެ މައްސަލައަކީ ދެ މީހުންނަށް ލިބިފައިވާ ދަރިއަށް ގެއްލުމެއް ނުލިބޭ އަދި އެ އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ "ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާނިންމުންތައ އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާ ފޯމު" ގ 9 ވަނަ ނަންބަރު ކުއްޖާއަށް ކުރިއަށް އޮތް ތަނުގައި ފައިދާކުރާނެ ކަމެއްގައި، ތުރުކީގެ ސިޓިޒެންޝިޕްއަށީއެދުމުގެ އިޖުރާއަތު ފުރިހަމަކުރުމުގެ ގޮތުން ކުއްޖާގެ ބައްޕަގެ ހުއްދަ އެކަމަށް ބޭނުންވާތީ، އެ ހުއްދަ ނުދީގެން ހުށަހެޅް މައްސަލައެއްކަމުގައިވާއިރު،އެ މައްސަލައިގައި ކުއްޖާގެ ފަރާތުން ސިޓިޒެންޝިޕްއަށ އެދޭއިރު ހުށަހެޅި ބެލެނިވެރިޔާނޫނ އަނެއް ބެލެނިވެރިޔާގެ ރުހުން އޮންނަންވާނެކަމަށް ބަޔާންކޮށްފައިވ މާއްދާގެ ތަރުޖަމާ ޝަރީޢަތަށް ހުށަހަޅާފައިވާކަމުގައެވެ.

43ފަނޑިޔާރުގެ އަމިއްލަ އިސްނެގުމުގައި ކަމާގުޅޭ ޤާނޫނު ހޯދާފައިވަނީ، ކުއްޖާގެ މަންމަ ހުށަހެޅި މައްސަލައިގައި ހިމާޔަތްކުރަން ބޭނުންވަނީ ކުޑަކުއްޖަކަށް ލިބެން އޮތް ޙައްޤަކާއި މަންފާއެއްކަމަށ ބުނެފައިވާތީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާއަށް ޙަވާލާދީކަމށާއި، މިގޮތުން ފަނޑިޔާރު ރިޢާޔަތްކޮށްފައިވަނީ ޓަރކިޝް ސިޓިޒެންޝިޕް ލޯގެ 20 ވަނަ މާއްދާގެ )2( ވަނަ ނަންބަރުކަމަށާއި، މިއީ ކުއްޖާގެ މަންމަގެ ފަރާތުން ހުށަހެޅި ގަވާއިދުގެ 37 ވަނަ މާއްދާގައިވެސް އެކަން ބަޔާންކޮށްފައިވަނީ ޓަރކިޝް ސިޓޒެންޝިޕް ލޯގި 20 ވަނަ މާއްދާގެ )2( ވަނަ ނަންބަރުގައި ބަޔާންކުރާ ފަދައިންކަމާއި، އޭގައި އޮތީ އެއް ވާހަކައެއްކަމުގައެވެ.

44ޝަރީޢަތުގައި އެއްވެސް ފަރާތަކުން ނުނަގާ ދިފާއަކަށް، އޭގެން އެއްވެސް ފަރާތެއްގެ ބަހެއް ހޯދުމެއްނެތި ރިޢާޔަތްކުރުމަކީ އިޖުރާއީ ގޮތުން އެންމެ އެދެވޭގޮތްނޫންކަމަށްވިޔަސް،އެއީ އެ ސަބަބަށްޓަކައި، ހައިކޯޓުގެ ޤަޟިއްޔާ ބާޠިލުކުރަންޖެހޭ ސަބަބެއް ނޫންކަމަށް ދިވެހިރާއްޖޭގުސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/44 އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމުގައެވެ.

45ފެމިލީ ކޯޓުން މިނިސްޓްރީ އޮފް ފޮރިން ގްއެފެއާޒ މެދުވެރިކޮށް ހޯދި ޤާނޫނުގައި ބަޔާންކޮށްފައިވަނީ ކުއްޖާގ މަންމަގެ ފަރާތުން ހުށަހެޅި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންތައްތައް، އަކުރުން އަކުރަށްކަމށާއި، އެ ލިޔުމުގައި އޮތް ވާހަކަތަކަށް ޖަވާބުދިނުމުގެ ފުރުޞަތު ލިބި، އެ ފުރުޞަތުގެ ބޭނުންވެސް ކޮށްފައިވާކަމަ ށާއި، ޖަދަލުގެ ބޭނުމަށް، އަލަށް ހޯދިކަމަށް ބުނާ ލިޔުމުގައި އައު ވާހަކައެއް އޮތްކަމަށް ބެލި ނަމަވެސް، ބުނެވިދިޔަ ސުޕްރީމް ކޯޓުގެ ޤަޟިއްޔާ މި މައްސަލައަށް ތަޠުބީޤުކުރާއިރު، އެ ލިޔުންތަކާމެދު ބަހުސްކުރަން ފުރުޞަތު ދީފައިނުވުމަކީ، އެ ސަބަބަށްޓަކައި، ފެމިލީ ކޯޓުގެ މި ނިންމުން ބާޠިލުކުރަންޖެހޭ ސަބަބެއް ނޫންކަމުގައެވެ.

46ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/41 ޢާއިޝަތު ލަޠީފާ ވ. އާމިނަތު ނަސީމްޤަޟިއްޔާއަކީވެސް ކުޑަކުއްޖެއްގެ މަޞްލަޙަތު ހިމެނޭމައްސަލައެއްކަމށާއ، އެ މައްސަލައިގައިކުއްޖާގެ އެސެސްމަންޓް ރިޕޯޓާއި ގުޅިގެން ވާހަކަދެއްކުމުގެ ފުރުޞަތު ނުދިންނަމަވެސް، އިޖުރާއީ އައިބެއްގެ ސަބަބުން މުޅި މައްސަލަ ފާސިދުވެގެންދާނީ އެ އިޖުރާއީ އައިބަކީ ނުވަތަ އުނިކަމަކީ ފޫވައްޓަނިވި ސީރިއަސް އައިބެއް ނުވަތަ އުނިކަމަކަށް ވާނަމަ ކަމުގައި ބަޔާންކޮށްފައިވާކަމުގައެވ.

47މޭ ޤަޟިއްޔާ މި މައްސަލައަށް ތަޠުބީޤުކުރާއިރު، ލިޔުންތަކާމެދު ބަހުސްކުރަން ފުރުޞަތު ދީފައިނުވުމަކީ، އެ ސަބަބަށްޓަކައި، ފެމިލީ ކޯޓުގެ ޤަޟިއްޔާ ބާޠިލުކުރަންޖެހޭ ސަބަބެއްނޫންކަމުގައެވެ.

48އިސްތިއުނާފީ ދެވަނަ ނުކުތާގެ ރައްދުގައި ކުއްޖާގެ މަންމަގެ ފަރާތުން ބުނެފައިވަނީ، ފެމިލީ ކޯޓަށް ހުށަހެޅި މައްސަލައިގެ ޚުލާޞާގައި، ކުއްޖާގެ ބައްޕަގެ ފަރާތނ އިޢުތިރާޟެއްނެތްކަމުގެ ލިޔުން ހޯދުމަށް އެދުމުން، އެ ލިޔުން ކުއްޖާގެ ބައްޕަގެ ފަރާތުން ދީފައިނުވާތީ، ކޯޓު މެދުވެރިކޮށް މި ލިޔުން، ނުވަތު ތުރުކީގެ އިދާރާތަކަށް ބ ނ ންވާނެ ލިޔުމެއް ޝަރީޢަތް މެދުވެރިކޮށް ހޯދުމަށް އެދި ހުށަހެޅ މައްސަލައެއްކަމުގައި ބަޔާންކޮށްފައިވާނެކަމުގައެވެ.

49މައްސަލަ ހުށަހެޅިފޯމުގައ އެދި ގޮތުގައިވެސް ބަޔާންކޮށްފައިވަނީ ކުއްޖާގެ ބައްޕަ ދޭންޖެހޭ ލިޔުން ކޯޓު މެދުވެރިކޮށް ލިބިދިނުމަށްކަމަށާއި، ފެމިލީ ކޯޓަށް މައްސަލައިގައި ހުށަހެޅި ލިޔެކިޔުންތަކާއި ޝަރީޢަތުގައި ދެކެވުނު ވާހަކަތަކުން އެނގޭ ކަމަކީ، ކުއްޖާގެ މަންމަ ބޭނުންވަނީ ކުއްޖާއަށް ތުރުކީގެ ސިޓިޒެންޝިޕް ހޯދައިދޭނކަމެވެ.

50މުޅި މައްސަލައިގައި، ކުއްޖާ ތުރުކީގެ ސިޓިޒެންޝިޕ ހޯދުމަށް ކުއްޖާގެ ބައްޕަ އިޢުތިރާޟުކުރާ ސަބަބެއް ބުނެދެވިފައިނުވާކަމށާއް،ފެމިލީ ކޯޓުން މި މައްސަލަ ނިންމުމުގައި، ކުއްޖާއަށް ސިޓިޒެންޝިޕ ހޯދުމަށް ދޭންޖެހޭ އެއްބާރުލުން ދިނުމަށް ވަކްމުއްދަތެއް ކަނޑައަޅައި، އެ މުއްދަތުގައި ލިޔުން ނުދީފިނަމަ، ކުއްޖާއަށް ސިޓިޒެންޝިޕ ހޯދުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ކުއްޖާގެ މަންމައަށް ބާރުދީފައިވަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރކުރުމުގ ޤާނޫނުގެ 8 ވަނަ މާއްދާއާ ޙަވާލާދީ، އިންސާފަށް ވާސިލުވުމަށް ކަމުގައެވެ.

51ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2021/SC-A/26 ޞަފޫރާ ނާފިޢު މޫސާ ވ. މުޙައްމަދު ޝަރީފް ޤަޟިއްޔާގައި، ޝަރީޢަތުން ޙައްލެއް ފޯރުނުކޮށްދެވިއްޖެނަމަ، އިންސާފު ޤާއިމުނުވާކަމުގައި ޟަމީރު ޤަބޫލުކުރާ ޙާލަތުގައި، ޝަރީޢަތަށް ރަމްޒީ ފަރުވާއެއް ފޯރުކޮށްދެވިދާނެކަމުގައ ބަޔާންކޮށްފައިވާކަމށާއު،ދަޢުވާއެއް ހުށަހަޅާއިރު، ދަޢުވާގައި ހޯދުމަށް އެދެފައިވ ފަރުވާ ފިޔަވައި، އިންސާފެޤްއިމުކުރުމުގެ ބޭނުމުގައި ފަރުވާ ދިނުމަކީ ކުރެވިދާނެކަމެއްކަން އެނގޭއިރު، ކުއްޖާގެ މަންމަގެ ފަރާތުން ހުށަހެޅި މައްސަލައިގައި، ފަރުވާ ހޯދައިދީފައިވަނީ ކުއްޖާގެ މަޞްލަޙަތަށް ރިޢާޔަތްކޮށް، އިންސާފު ޤާއިމުކުރުމުގެ ބޭނުމުގައިކަމުގައެވެ.

52އިސްތިއުނާފީ ތިންވަނަ ނުކުތާގެ ރައްދުގައި ކުއްޖާގެ މަންމަގެ ފަރާތުން ބުނެފައިވަނީ،ކުއްޖާއާ ބައްދަލުނުވެގެނ ޙުކުމް ތަންފީޒުކުރުމުގެ މައްސަލަތައް ފެމިލީ ކޯޓަށް ކުއްޖާގެ ބައްޕަގެ ފަރާތުނ ހުށަހެޅުމުން ކުއްޖާގެ މަންމަގެ ފަރާތުން ބުނެފައިވަނީ އެކަމަށް ކުއްޖާގެ މަންމަގެ ފަރާތުނ ހުރަސްނާޅާކަމަށާއި، އެހެންނަމަވެސް ކުއްޖާ ގަދަކަމުން ނުވަތަ ކުއްޖާގެ ނުރުހުމުގައި އެއްވެސ ކަމެއް ކުރުމަކީ، އެކަމުގެ ނޭދެވޭ އަސަރު ކުއްޖާއަށް ކުރާނެކަމެއްކަމުގައިވާތީ، ކުއްޖާގެ ނުރުހުމުގައި ގަދަކަމުން ކަމެއް ކުރަން ކުއްޖާގެ މަންމަ ނޭދޭކަމުގައެވެ.

53ކުއްޖާއަށް ސިޓިޒެންޝިޕ ލިބުމުން އެކަމުގައި އޮތީ ކުއްޖާއަށް ފައ ދ ކަމަށާއި،މިކަމަށް ކުއްޖާގެ ބައްޕަގެ ފަރާތުން އިންކާރުކުރަނ ރަނގަޅީ ހަޤީޤީ ސަބަބަކާހުރެތޯ ބަލަންޖެހޭނެކަމށާއި،މި މައްސަލައިގައި ކުއްޖާ އެދޭ ގޮތްވެސް ހޯދާފައިވާކަމަށާއި، ކުއްޖާވެސް ބޭނުންވަނީ ތުރުކީގެ ރަށްވެހިކަން ލިބުމަށްކަމަށާއި، ކުއްޖާއަށް ސީދާ ފައްދްކުރާނެކަމެއްގައި، އަދި ކުއްޖާގެ ބައްޕައަށް އެކަމުގެ ސަބަބުން ލިބޭނެ އެއްވެސް ގެއްލުމެއް ނުވަތަ ކުއްޖާއަށް ލިބޭނެ ގެއްލުމެއް ބުނެދެވިފައިނުވާއިރު، ކުއްޖާއަށް ލިބެން އޮތް މަންފާއެއް ލިބުން ހުއްޓުވުމަށް އެ ފަރާތަށް ލިބޭ އިޚްތިޔާރެއް ބޭނުންކުރުމަކީ، ތަޢައްޞުފީ ގޮތެއްގައި، ކުއްޖާގެ މަޞްލަޙަތަށް އިސްކަމެއް ދީގެންކުރާ ކަމެއްނޫންކަމުގައެވެ.

54އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ ފެމިލީ ކޯޓުގެ ނަންބަރު 1608/Fm-C/2023 ޤަޟިއްޔއިނާ ނިންމާފައިވާ ނިންމުމަކީ ނަގަހައްޓަންޖެހޭ ނިންމުމެއްކަމަށް ކަނޑައަޅައި، އ ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމައިދިނުމަށެވެ.

ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް

55ކްއްޖާގ ބައްޕަގެ ފަރާތުން ކުޅަ މި އިސްތިއުނާފުގެ ޢަލީގައި،ޝަރީޢަތުނިޖަވާބުދޭންޖެހޭނ އަންނަނިވ 03 )ތިނެއް( ސުވާލަށެވެ. އެއީ،

55.1. ފެމިލީ ކޯޓުގެ ނިންމުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/44 އިސްމާޢީލޝް ޖާޢު ވ. ޔޫސުފް ރިޟާ ޤަޟިއްޔާގައި ބަޔާންކުރާ ޚަޞްމުންނަށް ބަސްބުނުމުގެ ފުރުޞަތު ދިނުމުގެ އުޞޫލާ ޚިލާފު ނިންމުމެއްތޯއާއި،

55.2. ފެމިލީ ކޯޓުގެ ނިންމުމަކީ، ޚަޞްމުންގެފަރާތުނ ފައިސަލާކުރުމަށް އެދިފައިނުވާކަމެށްކ ކޯޓުން ގޮތް ނިންމައިގެން ނުވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ 2013/SC-A/44 މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޝަމްޢީލް ރަޝދީޤަޟިއްޔާގައި ކަނޑައަޅފައިވ އުޞޫލާ ޚިލާފު ނިންމުމެއްތޯއާއި،

55.3. ކުއްޖާއާ ބައްދަލުކުރުމާގުޅޭ ގޮތުން ފެމިލީ ކޯޓުން ކޮށްފައިވާ ޙުކުމްތަކާ އެއްގޮތަށް ކުއްޖާގެ މަންމަ ޢަމަލުނުކުރާކަން ކުއްޖާގެ ބައްޕަގެ ފަރާތުން ފާހަގަކުރިނަމަވެސް، ފެމިލީ ކޯޓުން އެކަމަށް ރިޢާޔަތްނުކޮށ މައްސަލް ނިންމާފައިވަނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެ ރިކުރުމގ ޤާނޫނުގެ 8 ވަނަ މާއްދާއާއި، މި ޤާނޫނުގެ 24 ވަނަ މާއްދާގެ )ހ( އާ ޚިލާފަށްތޯއެވެ.

ބަސްބުނުމުގެ ފުރުޞަތު ދިނުމާގުޅޭ އިސްތިއުނާފީ ނުކުތާ

56މ ނުކުތާގައި ކުއްޖާގެ ބައްޕަގެ ފަރާތުން ބުނެފައިވަނީ، ކުއްޖާގެ މަންމަގެ ފަރާތުން ފެމިލީ ކޯޓަށް ހުށަހެޅު ދަޢުވި ސާބިތުކުރުމަށްޓަކައި ބިދޭސީ ޤާނޫނުގައި ކަން އޮތްގޮތް ސާބިތުކުރުމަށް ކުއްޖާގެ މަންމަގ ފަރާތަށެ ޤާނޫނީގޮތުން އޮތް ބުރަ އަދާކޮށްފައިނުވަނީސް، ދަޢީ ވާކުރާ ފަރާތުން އަދާކުރަންޖެހޭ ޒިންމ ފަނޑިޔާރާ އަދާކޮށް، ތުރުކގ ޤާނޫނީ އުޞޫލު މިނިސްޓްރީ އޮފް ފޮރިންގައެފެއާޒް މެދުވެރިކޮށް ހޯދައި، އެއަށް ރިޢާޔަތްކޮށިފެމިލީ ކޯޓުން މައްސަލަ ނިންމާފައިވަނީ ކޯޓުގެ އަމިއްލަ އިސްނެގުމަށް ހޯދި އެއްވެސް މަޢުލޫމާތެއް އަދި ލިޔުމެއްވެސް ކުއްޖާގެ ބައްޕައާ ހިއްސާކުރުމެއްނެތި، އަދި އެ ލިޔުންތަކާއި ގުޅިގެން ބަސް ބުނުމުގެ ފުރުޞަތު ދިނުމެއްނެތި ކަމުގައެވެ. އެހެންކަމުން، މ ނިންމުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/44 އިސްމާޢީލޝް ޖާޢު ވ. ޔޫސުފް ރިޟާ ޤަޟިއްޔާގައި ބަޔާންކުރާ ކޯޓުން ހޯދާ ލިޔުންތަކާ ގުޅިގެން ޚަޞްމުންނަށް ބަސްބުނުމުގެ ފުރުޞަތު ދިނުމުގެ އުޞޫލާއި ޚިލާފު ނިންމުމެއްކަމުގައެވެ.

57މ މައްސަލައިގައި ކަނި ހިނގާފައިވާގޮތަށް ބަލާއިރު، ކުއްޖާގެ މަންމައަށް ތުރުކީ ސިޓިޒެންޝިޕް ލިބިފައިވާތީ، ކުއްޖާގެ މަންމައާއެކު 18 )އަށާރަ( އަހަރުނުފުރޭ އުފަންދަރިންނަށް ސިޓިޒެންޝިޕ ހޯދުމުގެ ފުރުޞަތު ލިބިފައިވާކަމށާއި،ދެމަފިރިން ވަރިވެފައިވާ ޙާލަތުގައި، ކުއްޖާއަށް ސިޓިޒެންޝިޕް ހޯދުމަށް ކުއްޖާގެ ބައްޕަގެ އިޢުތިރާޟެއްނެތްކަމުގެލިޔުމެއެއޮންނަންޖެހޭއިރު، އެ ލެޔުން ކުއްޖާގި ބައްޕަގެ ފަރާތުން ދީފައިނުވާތީ، ތުރުކީގެ އިދާރާއަށް ބޭނުންވާ ލިޔުން ހޯދުމަށް ކުއްޖާގެ މަންމަގެ ފަރާތުން ފެމިލީ ކޯޓަށް މައްސަލަ ހުށަހެޅިއެވެ.

58ކުއްޖާގ މަންމަގެ ފަރާތުން ހުށަހެޅި ދަޢުވާ ފޯމާއިއެކު،ކުއްޖާގެ މަންމައަށް ތުރިކްގެ ސިޓިޒެންޝޕ ލިބިފައިވާ ކަމުގެ ލިޔުމާއި، އިޢުތިރާޟުނުކުރާކަން އަންގައިދިނުމުގެ ގޮތުން ބޭނުންވާ ލިޔުމުގެ ނަމޫނާއާއި، 01 އޭޕްރީލް 2023 ގައީ އިސްތިއުނާފުކުރި ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ފޮނުވާފައިވާ ސިޓާއާއި ތުރުކީގެ ޤާނޫނުގެ ދަށުން ހަދާފައވ ގަވާއިދުގާ ބައެއްކަމަށް ބުނީ 02 )ދޭއް( ޞަފްހާއެއ ހުށަހެޅިއެވެ. ކުއްޖާގެ މަންމަގެ ފަރާތުން “Regulation on the Implementation of the Turkish Citizenship Law” ކަމަށް ބުނެ ހުށަހެޅި ގަވާއިދުގެ 37 ވަނަ މާއްދާގެ )4( އަދި )5( ވީނަނަންބަރުގައިވަނ އަންނަނިވ ފަދައިންނެވެ. “ARTICLE 37 (4) The child of the mother or father who acquired Turkish citizenship, who has custody on the date of acquisition of Turkish citizenship, acquires Turkish citizenship depending on the mother or father, if the non-Turkish spouse consents. (5) If consent is not given, action is taken according to the decision of the judge in the country where the mother or father has their habitual residence”

59ފެމިލީކޯޓުގެ އަމިއްލަ އިސްނެގުމށ މިނިސްޓްރީ އޮފް ފޮރިންގެ އެފެއާޒް މެދުވެރިކޮށް ތުރުކގީ ރަށްވެހިކަމުގ ޤާނޫނުގެ ރަސްމީ އިނގިރޭސި ތަރުޖަމާ ހޯދާފައިވެއެވެ. އަދިދަށ ކޯޓުގެ ނިންމުމުގައި ތުރުކީ ގ ރަށްވެހިކަމުގެ ޤާނޫނުކަމުގައިވާ ޓަރކިޝް ސިޓިޒެންޝިޕް ލޯ، 5901 )12 ޖޫން 2009( ގެ 20 ވަނަ މާއްދާގެ )2( ވަނަ ނަންބަރަށް ޙަވާލާދީފައިވެއެވެ. މި މާއްދާގައިވަނީ އަންނަނިވި ފަދައިންނެވެ. “…Children whose guardianship belongs to the mother or the father (…), in case the other spouse consents, shall acquire Turkish citizenship. In case of lack of consent, action shall be taken according to the decision of a judge in the country of habitual residence of the mother or the father…”

60HN2މި މަޢުލޫމާތު ހޯދުމުގައި ބަރޯސާވެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2017/SC-A/23 އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ބެރްހާދް ވ. ސަލްޓަންސް އޮފް ދަ ސީސް މެރިން ޓެކްސީ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއަށް ކަމުގައި ފެމިލީ ކޯޓުގެ ނިންމުމުން އެނގެއެވެ. މިގޮތުން މިނިސްޓްރީ އޮފް ފޮރިންގުއެފެއާޒ މެދުވެރިކޮށް ބިދޭސީ ޤާނޫނާ ގުޅޭ މަޢުލޫމާތު ހޯދާފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރ 2017/SC-A/23 އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ބެރްހާދް ވ. ސަލްޓަންސް އޮފް ދަ ސީސް މެރިން ޓެކްސީ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކުރާ 02 )ދޭއް( އުޞޫލުގެ ތެރެއިން، ފުރަތަމަ އުޞޫލަށް ޢަމަލުކޮށް މައްސަލަ ބަލާ ފަނޑިޔާރު އަމިއްލައަށް އެ ޤާނޫނުގައިވާ ކަންކަމަށް ރިޢާޔަތްކޮށް ހުށަހަޅާފައިވާ މައްސަލައިގެ ވާޤިއާތަކަށް އެ ޤާނޫނު ތަޠުބީޤުކުރުމަށްކަމުގައި ފެމިލީ ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވެއެވެ. ފެމިލީ ކޯޓުގެ ނަންބަރު 1608/Fm-C/2023 ޤަޟިއްޔާފެ "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް" ގެ 10.1 ވަނަ ނުކުތާ މި ޤަޟިއްޔާގައިވަނީބިދޭސީ ޤާނޫނެއް ތަޠުބީޤުކުރުމުގައި އެ ޤާނޫނަކީ މައްސަލަ ހުށަހަޅައިގެން ކުރިއަށްދާ ޤައުމުގެ ޤާނޫނުތަކެކޭ އެއްފަދައިން މައްސަލާ ބަލަ ފަނޑިޔާރާ އަމިއްލައަށް އެ ޤާނޫނުގައިވާ ކަންކަމަށް ރިޢާޔަތްކޮށް ހުށަހެޅިފައިވާ މައްސަލައިގުވާޤިއިތަކުގެ މައްޗަށް އެ ޤާނޫނ ތަޠުބީޤުކުރަމުން ދިއުންކަމަށާއ، މިގޮތަށް ކުރިއަށް ދިއުމުގައި ބިދޭސީ ޤާނޫނުގައި ކަން އޮތްގޮތް ޝަރީޢަތަށް މައްސަލައިގެ ޚަޞްމުން ސާފުކޮށްދިނުން ލާޒިމްނުވާނެކަމަށާއި، މި އުޞޫލު ޢަމަލުކުރާ ޤައުމުތަކަށް ބަލާއިރު، ޖަރުމަނު ވިލާތާއި، އޮސްޓްރޭލިއާ، ސްވިޒަލެންޑް، އިޓަލީ ވިލާތު ފާހަގަކުރެވޭކަމަށެވެ. އަދ މި ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޝަރުޢީ ނިޒާމު އެ ޤާނޫނުތަކުގެ މައްޗަށްތްރުތީބުވެފައިވ ޤާނޫނުތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ބިނާވެފައިވަނީ އެޑްވަސޭރިއަލް ނިޒާމުގެ އަސާސީ ގިނަ ސިފަތަކެއް އެކުލެވިގެނޭކަމަށާއި، މ ނިޒާމުގެ އެންމެ އަސާސީ އެއް ސިފައަކީ، މައްސަލަ ބަލާ ފަނޑިޔާރަކީ އެ ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅެވާޤިއާތައް، އާވާޤިއަ ތައް ހުށަހަޅާ ފަރާތްތަކުން އެކަންކަން ސާބިތް ކުރުމުން އެކަމުގެ މައްޗަށް ތަޠުބީޤު ކުރަންޖެހޭ ޤާނޫނު ތަޠުބީޤުކޮށް މައްސަލަތަކުގައި ގޮތް ކަނޑއަޅަމުނ ދިއުންކަމުގައެވެ. ފެމިލީ ކޯޓުގެ ނަންބަރު 1608/Fm-C/2023 ޤަޟިއްޔާފެ "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް" ގެ 10.1 ވަނަ ނުކުތާ

61ބަޔާނވެދިޔް ބިދޭސީ ޤާނޫނުގެ އަލީގައި،ކުއްޖާއަށް ތުރުކީގެ ރަށްވެހިކަން ހޯދުމަށް ކުއްޖާގެ ޙަޟާންތ ލިބިފައިނުވާ ބެލެނިވެރިޔާގެ ރުހުން ބޭނުންވާކަނާމ މައްސަލައިގައި ދެނެގަނެފައިވެއެވެ. މި މަޢުލޫމާތު ހޯދާފައިވަނީ ބިދޭސީ ޤައުމެއްގެ ރަށްވެހިކަމާގުޅޭ ގޮތުން ކުއްޖާގެ މަންމަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށެވެ.މިއީ ޢަދުލު އިންސާފު ޤާއިމުކުރުމުގެ ތެރެއިން އަދ އިންސފަށް ވާސިލުވުމުގައި ފަނޑިޔާރަށް ލިބިދޭ ބާރުގެ ތެރެއިން ކުރެވޭނެ ކަމެކެވެ.

62ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ނަންބަރު 2020/SC-A/44 އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ ޤަޟިއްޔާ އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/13 މައިނަރ އިންޓަރނޭޝަނަލް )ލަބުއާން( ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔއަށާ ބަލާއިރު،ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ބިނާވެފައިވަނީ އެޑްވަސޭރިއަލްނިޒާމުގެ އަސާސީ ގިނަ ސިފަތަކެއް އެކުލެވިގެނާކަމުގައިވީނަމަވެސް، މަދުން ނަމަވެސް މައްސަލަ ބެލުމުގައިފާހަގަވ ކަންކަމ ގުޅިގެނާ ޚަޞްމުންގެ ފަރާތުން ހުށަހަޅާފައިނުވާ ލިޔުންތައް ހޯދަންޖެހޭ ޙާލަތާ ފެންމަތިވކަމަށް ބަޔާންކޮށްފައިވެއެވ. މިފަދަ ޙާލަތްތަކުގައި،ފަނޑިޔާރުންގެ ދައުރަކީ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ތެރޭގައި،ދިވެހިރާއްޖޭގ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތައް ނެގެހެއްޓުންކަމުގައިވާތީ، އެ ލިޔުންތައް ހޯދުމަށް މި ނިޒާމެތަންދެއެވެ. އެކަމުގެ ޤާނޫނީ ގޯހެއް ނެތެވެ.

63ފެމިލީ ކޯޓަށް ލިބިފައިވާމަޢުލޫމާތުގެ އަލީގައި، ކޯޓުން މި މައްސަލައިގެ ޙަޤީޤަތްތަކަށް ތަޠުބީޤުކޮށްފައިވަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާ އަދި 9 ވަނަ މާއްދާއެވެ. އެއީ އެ މާއްދާ ތަކެޙަވާލާދީ، ތުރުކީގެ ރަށްވެހިކަން ލިބިދިނުމާމެދު ގޮތެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/44 )އިސްމާޢީލްޝެ ޖާޢު ވ. ޔޫސުފް ރިޟާ( ޤަޟިއްޔާގެ 68 ވަނަ ނުކުތާ ނިންމުމުގައި ކުއްޖާގެ މަޞްލަޙަތަށް އިސްކަންދީ، ކުއްޖާގެ މަޞްލަޙަތުގައި އޮތް އެންމެ ހެޔޮ ގޮތުގެ މައްޗަށް ކޯޓުން ގޮތެއް ނިންމުމުގެ ބޭނުމުގައެވެ.

64ކުއްޖާގ ބައްޕަގެ ފަރާތުން ހުށަހެޅި މި އިސްތިއުނާފީ ނުކުތާގައި މިކަމާމެދު އެއްވެސް ބަހުސެއް ކުރިމަތިކޮށްފައެއްނެތެވެ. އޮތް ބަހުސަކީ، ކޯޓުގެ އަމިއްލަ އިސްނެގުމަށް ހޯދި މަޢުލޫމާތު ޚަޞްމުންނާއި ހިއްސާނުކޮށް، ޚަޞްމުންނަށް ބަސްބުނުމުގެ ފުރުޞަތު ނުދީ، އޭގެ މައްޗށަ ބިނާކޮށް ކޯޓުން ގޮތެއް ނިންމާފައިވާކަމުގެ މައްޗަށް އުފައްދާފައިވާ ބަހުސެވެ.

65HN1އިންސާނީ ޙައްޤުތަކާއިބެހޭ ބައިނަލްއަޤްވާމީ މުއާހަދާތަކާއި، އެކި ޤައުމުތަކުގެ ޤާނޫނުއަސާސީއާއި، ކޯޓުތަކާއި ކޯޓުތަކުގެ އިޖުރާއަތުތަކާއި، ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާޢަތްތަކުނ މައްސަލް ބެލުމުގައި ގެންގުޅޭ އެންމެ އަސާސީ އުޞޫލަކީ މައްސަލަ ބެލުމުގައި ނެޗުރަލް ޖަސްޓިސް justice) of natural (principles ގެ އުޞޫލުތައް ދެމެހެއްޓުމެވެ. ނެޗުރަލް ޖަސްޓިސްގެ މަފްހޫމްގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

65.1. މީހަކާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން، އެކަމުގެ މަޢުލޫމާތު އެ މީހަކަށް ދިނުމާއި، އެ މީހަކަށް އެކަމުގެ މައްޗަށް ބަސް ބުނުމުގެ ފުރުޞަތު ދިނުމާއި (hearing rule)

65.2. މީހަކާމެދު ނުވަތަ ކަމަކާމެދު ގޮތެއް ކަނޑައަޅާ މީހެއްގެ މަޞްލަޙަތެއް އެކަމުގައި އޮވެގެން ނުވުން އަދި ވަކި ފަރާތަކަށް ނުޖެހުމާއި (rule against bias)

65.3. ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް މީހަކާމެދު ގޮތެއް ކަނޑައެޅުމާއި، މިއާ ޚިލާފަށް،ހީވާ ހީވުމެއްގެ މައްޗަށް ނުވަތަ އެނގިފައިވާ މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް ނޫންކަމާއި (evidence rule) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/28 ޤަޟިއްޔާ )މޯލްޑިވްސ އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މޯލްޑިވްސް ކޮލިޓީ ސީފުޑް ޕްރައިވެޓް ލިމިޓެޑް(

65.4. ނިންމް ނިންމުމަކާ ޙާލަތާއި ވަށައިގެންވާ ކަންކަމަށް ބަލާއިރު އެކަށޭނަ ނިންމުމެއް ކަމުގައިވުން (proportionality)

66ޤާނޫނުއަސާސީގެ 42 ވަން މާއްދާގައި، އަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތްކުރުމުގެ ނައްސުގައި ބަޔާންކޮށްފައިވަނީ ނެޗުރަލް ޖަސްޓިސްގެ ބަޔާނވެދިޔް އުޞޫލުތަކެވެ.

67ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/44 އިސްމާޢީލްޝު ޖާޢު ވ. ޔޫސުފް ރިޟާ ޤަޟިއްޔާގައިވަނީ،މައްސަލައެއް ބެލުމުގެ ތެރޭގައި މައްސަލައިގެ ޚަޞްމުން ފާހަގަނުކުރާ، އެހެންނަމަވެސް ފާޅުކަންބޮޑު ގޮތެއްގައި ފަނޑިޔާރަށް ފާހަގަކުރެވޭ ޤާނޫނީ ކަމެއްވާނަމަ، އެކަމާ މެދު ގޮތެއް ކަނޑައެޅުމުގެ ކުރިން، އެކަމާމެދު މައްސަލައިގެ ޚަޞްމުން ދެކޭގޮތް ހޯދަންވާނެކަމުގައެވެ. އަދި ޚަޞްމުން އެދޭނަމަ، އެއް ފަރާތުން ދައްކާ ވާހަކަތައް ޖަދަލުކޮށް، ތުޢަ ނުކުރުމުގެ ފުރުޞަތު ދެވެންވާނެކަމުގައެވެ.

68މި މައްސަލައިގެ ޙަޤީޤަތްތަކަށް ބަލާއިރު، މިނިސްޓްރީ އޮފް ފޮރިނޮ ގްއެފެއާޒ މެދުވެރިކޮށް ކޯޓުން ހޯދާފައިވާ ލިޔެކިޔުންތައް ޚަޞްމުންނާ ހިއްސާކޮށް، ބަސް ބުނުމުގެ ފުރުޞަތު ދީފައިނުވާކަން އެނގެއެވެ. ޝަރީޢަތުގެ އަމިއްލަ އިސްނެގުމަށް ހޯދާ މަޢުލޫމާތަކީއި ޝަރީޢަތުން ހޯދާ ލިޔެކިޔުންތަކާ ގުޅޭ ގޮތުން ޚަޞްމުންގެ ބަހެއް ހޯދަންޖެހޭނެއެވެ. މިފަދައިން ބަސްބުނުމުގެ ފުރުޞަތު ދިނުމަކީ ނެޗުރަލް ޖަސްޓިސްގެ އުޞޫލުތައް ދެމެހެއްޓުމށްޓަކައި ފަނޑިޔާރުގެ މައްޗަށް ލާޒިމުކަމެކެވެ.

69HN3މި ހިސާބުން އުފެދޭ ސުވާލަކީ، ބަސް ބުނުމުގެފުރުޞަތު ނުދިނުމަކީ އިޖުރާއީ އައިބެއް ކަމުގައިވާއިރު، މިއީ މިކަމުގެ މައްޗަށް އެކަނި ބަރޯސާވެ، މުޅި މައްސަލަ ފާސިދުވެގެންދާނެ ކަމެއްތޯ ނުވަތަ ނޫންތޯ ކަމުގެ މައްޗަށް އުފެދޭ ސުވާލެވެ. މިއަށް ޖަވާބެއް ހޯދުމުގެ އެ އައިބުގެ ޒާތާއި، އ ޤާނޫނުއަސާސީގެ 42 ވެނ މާއްދާގަ )ހ( ގައި ބަޔާންކުރަނީ ކޮނެމް މީހެއްގެމަމަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށެއްގ ދަޢުވެ މީހެއްގެ މައްޗަށް އުފުލުމުގައި، ޤާނޫނަކުން ޤާއިމުކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، ޢާންމުކޮށް ހުޅުވައިލެވިގެން ބާއްވާ، އަޑުއެހުމެއްގައި އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާކަމުގައެވެ. އައިބުގެ ސަބަބުން ނިކުންނަ ނަތީޖާއަށް ބަލަންޖެހެއެވެ. އެއީ އެ އައިބަކީ Illegality އެއްތޯ ނުވަތަ Irregularity އެއްތޯ ބެލުމެވެ.

70އިޖުރާއީ އިންސާފުގެ ތެރެއިން Illegality އާއި Irregularity ގ ފަރަގު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/108,109,110 ޢަލީ ޒުބައިރު އާއި އިތުރު ދެ މީހަކު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސްޤަޟިއްޔާގައި ތަފްޞީލުކޮށްފައިވެއެވެ. ބައެއް އިޖުރާއަތުތަކަކީ އެއި ޚިލާފުވުމުގެ ސަބަބުން، ތުހުމަތުކުރެވޭ މީހާގެ އަސާސީ ޙައްޤެއް ގެއްލިގެން ހިނގައިދާނެ ކަމެކެވެ. އަދި އޭގެ ސަބަބުން މައްސަލައިގެ ނިޔާއަށް އަސަރުކުރާނެ ކަންކަމެވެ. ބައެއް ޙާލަތްތަކުގައި ބަންދުގެ އ ހުރި މީހެއްނަމަ ބަންދުން އެ މީހަކު ދޫވެގެންދާ ޙާލަތެކެވެ. އަނެއް ބައި ކަންކަމަކީ، ތުހުމަތުކުރެވޭ މީހާއަށް ލިބެންޖެހޭ އަސާސީ ޙައްޤަކާ ގުޅުމެއްނެތް، އަދި އެ އިޖުރާއަތު ރަނގަޅު ކުރުމުގެ ފުރުޞަތު އޮންނަ، އިދާރީ އިންތިޒާމްތަކެކެވެ. އެފަދަ ކަންކަމުގެ ސަބަބުން މައްސަލައެއްގެ މައުޟޫޢުއަށް އަދި މައްސަލައިގެ ނިޔާއަށް އަސަރެއް ނުކުރާނެއެވެ. އިޖުރާއަތު ތަނުފާ ޒކުރ ފަރާތަކުން ހަދާ ގޯހެއްގެ ސަބަބުން، ޤާނޫނުއަސާސީގެ ދަށުން ލިބެންޖެހޭ އަސާސީ ޙައްޤެއް ގެއްލިގެންނުދާނަމަ، އަދި އެ ޚިލާފުވި އިޖުރާއަތަކީ ރަނގަޅުކުރެވުމުގެ ފުރުޞަތު އޮތ އިޖުރާއަތެއްނަމަ، އެކަމެއް ރަނގަޅުކުރުމާއެކު، އެ މައްސަލައެއް ކުރިއަށްގެންދެވިދާނެކަން އ ސްވ ބަޔާނވެދިޔ ޤަޟިއްޔާއިން އެނގެއެވެ.

71ކުރިމަތިވެފައިވާ ޙާލަތަކީ Illegality އެއްތޯ ނުވަތަ Irregularity އެއްތޯ ވަޒަންކުރަން ބޭނުންކުރާނެ ޓެސްޓު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/108,109,110 ޢަލީ ޒުބައިރު އާއި އިތުރު ދެ މީހަކު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ތަފްޞީލުކޮށްފައިވާއިރު، މި ޤަޟިއްޔާގައި ކަނޑައަޅާފައިވާ ދެ ޓެސްޓުގެ ތެރެއިން އިޖުރާއީ އައިބު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/108,109,110 )ޢަލީ ޒުބައިރު އާއި އިތުރު ދެ މީހަކު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( ޤަޟިއްޔާގެ 33 ވަނަ ނުކުތާ ރަނގަޅުކުރުމާމެދ ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގައި ބަޔާންކުރައްވާފައިވާ ޓެސްޓަކީ، އެ މައްސަލައިގެ ފަހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރ 2020/SC-A/45 އިބްރާހީމް ޚުޝާން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސްޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރ 2021/SC-A/30 ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2022/SC-A/16,18,19ޕް ރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ރަޝީދު، މަރްޔަމް ތިލްމީޒާ، އިސްމާޢީލް މިރާން ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2022/SC-A/41 ޢާއިޝަތު ލަޠީފާ ވ. އާމިނަތު ނަސީމްޤަޟިއްޔާގައި ތަޠުބީޤުކޮށްފައިވުޓެސްޓުކަމުން، އެ ޓެސްޓު ތަފްޞީލުކުރާނަމެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ނަންބަރ 2020/SC-A/108,109,110 ޢަލީ ޒުބައިރު އާއި އިތުރު ދެ މީހަކު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސްޤަޟިއްޔާގައ ފަނޑިޔާރި ޙުސްނުއްސުޢޫދު އިޖުރާއީ އައިބުތަކަށް ފަރުވާ ދިނުމުގައި ބަޔާންކުރައްވާފައިވާ ޓެސްޓަކީ އިޖުރާއަތު ފުރިހަމަ ކުރުމުގެ ތެރޭގައްޢަމަލުކޮށްފައިވިގޮތަށ ބަލައިގެން އެ އިޖުރާއީ އައިބަށް ފަރުވާ ދެވޭތޯ ބަލާ ޓެސްޓެވެ. މިގޮތުން އިޖުރާއަތު ފުރިހަމަކުރުމުގައ ޢަމަލުކޮށްފައިވި ގޮތަށް އެ އިޖުރާއަތު ފެތެނީ އަންނަނިވި ޙާލަތުންކުރެ ކޮން ޙާލަތަކަށްތ ބަލަންޖެހޭނެކަމުގައ ބަޔާންކޮށްފައިވެއެވެ.

71.1. ފުރަތަމަ ޙާލަތަކީ، އިޖުރާއީ ޤާނޫނުގައި ވަކި ކަމެއް ކުރުން މަނާކޮށްފައި ވަނިކޮށް އެ ނޫން ގޮތަކަށް އެކަންކުރުމެވެ. މި ޙާލަތުގައި ނުކުންނާނެ ނަތީޖާއަކީ އެކަމަކީ ޣައިރު ޤާނޫނ ކަމަކަށްވުމެވެ. އަދި މިފަދަ ކަމެއް ފަހުން ޤާނޫނީ ކަމަކަށް ނުހެދޭނެއެވެ. މި ޤަޟިއްޔާތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/16 ޤަޟިއްޔާއަކީ )ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ރަޝީދު( ޤަޟިއްޔާއެވެ. މި ޤަޟިއްޔާތަކުގެ ތެރެއިން އެ ކޯޓުގެ ނަންބަރ 2022/SC-A/18 ޤަޟިއްޔާއަކީ )މަރްޔަމް ތިލްމީޒާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( ޤަޟިއްޔާއެވެ. އަދި މި ޤަޟިއްޔާތަކުގެ ތެރެއިން އެ ކޯޓުގެ ނަންބަރ 2022/SC-A/19 ޤަޟިއްޔާއަކީ )އިސްމާޢީލް މިރާން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( ޤަޟިއްޔާއެވެ.

71.2. ދެވަނަ ޙާލަތަކީ، އިޖުރާއަތުގެ ޤާނޫނުގައި އިޖުރާއަތު ބަޔާންވެފައިވާ ގޮތަށް އެންމެ ފުރިހަމައަށް އެ އިޖުރާއަތު ފުރިހަމަކޮށްފައި ނެތުމެވެ. އުނިކަންތަކާއެކ ނުވަތު އައިބުތަކާއެކު އެކަން ކޮށްފައި އޮތުމެވެ. މި ޙާލަތުގައި ފުރިހަމަ ނުކުރެވުނު އިޖުރާއަތު ފުރިހަމަކޮށް އިސްލާހުކުރުމުގެ ފުރުޞަތު އޮންނާނެއެވެ.

72އިޖުރާއީ އައިބެއްގެ ސަބަބުން މުޅި މައްސަލަ ފާސިދުވެގެންދާނީ އެ އިޖުރާއީ އައިބް ކ ނުވަތަ އުނިކަމަކީ ފޫވައްޓަނިވި ސީރިއަސް އައިބެއް ނުވަތަ އުނިކަމެއްކަމަށް ވާނަމައެވެ. އެއީ ސީރިއަސް އައިބެއް ނުވަތަ އުނިކަމަކަށް ވީނަމަވެސް އެ އިޖުރާއީ އައިބަކްރަނގަޅުކުރެވިދާނެ ނުވަތަ ރަނގަޅުކޮށްގެނ ކުރިއަށް ގެންދެވިދާނެ އައިބެއްތޯ ބަލަންވާނެއެވެ. އަދި އެކަމުގެ ސަބަބުނ މައްސަލައިގެ ނިޔާއަށް އަސަރުކުރޭތޯ ބަލަންވާނެއެވެ.

73HN4މި މައްސަލައިގައި ކަން ހިނގާފައިވާގޮތަށް ބަލާއިރު، މިނިސްޓްރީ އޮފް ފޮރިން ގީއެފެއާޒް މެދުވެރިކޮށް ފެމިލީކޯޓަށް ލިބިފައިވާ، އަދި އޭގެ މައްޗަށް ކޯޓުން ރިޢާޔަތްކޮށްފައިވާ ނައްސަކީ،ތުރުކީ ސިޓިޒެންޝިޕ ޤާނޫނުގް 20 ވަނަ މާއްދާގެ )2( ވަނަ ނަންބަރެވެ.ކުއްޖާގެ މަންމަގެ ފަރާތުން މ މައްސަލައިގައި ހުށަހަޅައފައިވ “Regulation on the Implementation of the Turkish Citizenship Law” ގެ 37 Articleގެ ) 4( އަދި )5( ވަނަ ނަންބަރުގައިވެސް ބަޔާންކުރަނީއެއް ވާހަކައެކެވެ. ނިކުންނަން އެއީ ނަތީޖާއެކެވެ. އެއުކުއްޖާއަށް ތުރުކީގެ ރަށްވެހިކަން ހޯދުމަށް ކުއްޖާގެ ޙަޟާނާތަ ލިބިފައިނުވާ ބެލެނިވެރިޔާގެ ރުހުން ބޭނުންވާކަމެވެ. އަދި ރުހުން ނެތް ޙާލަތެއްގައި ކުއްޖާގެ މަންމަ ނުވަތަ ބައްޕަ ދިރިއުޅޭ ޤައުމެއްގެ ފަނޑިޔާރެއްގެ ނިންމުމާއި އެއްގޮތަށް ޢަމަލުކުރެވޭނެކަމެވެ.އެ ހުއްދަ އޮންނަންޖެހޭ ވަކި ގޮތެއް މި ނައްސުތަކުގައި ބަޔާންކޮށްފައިނެތެވެ. އެހެނަސް، މިހިނދު ފެންންނައޮތީ ބަޔާނވެދިޔަޤާނޫނީ ނައްސުތަކުން ހުއްދަ އޮތުން ލާޒިމުކުރާކަމެކެވެ. މިއީ ދެބަސްވެވެނ ނެތް ޙަޤީޤތކެވެ.

74ކުއްޖާ ގެ މަންމަގެ ފަރާތުން ހުށަހެޅ “Regulation on the Implementation of the Turkish Citizenship Law” އަށް ބަހުސްކުރުމުގެ ފުރުޞަތު ކުއްޖާގެ ބައްޕައަށް ލިބި، އެކަމާ ގުޅޭ ގޮތުން ކުއްޖާގެ ބައްޕަގެ ފަރާތުން ވާހަކަދައްކާފައިވެއެވެ.ފެމިލީ ކޯޓުން މިނިސްޓްރީ އޮފް ފޮރިންގ އެފެއާޒް އިން ހޯދި މަޢުލޫމާތ އިސްތިއުނާފު ރައްދުވު ފަރާތާ ޙިއްސާކުރިނަމަ މި މައްސަލައިގެ ނަތީޖާއަށް އެއްވެސ ބަދަލެއް އަންނާނެތޯ ޝަރީޢަތުން ކުރި ސުވާލުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ނަތީޖާއަށް ބަދަލެއް ނންނާނެކަމުގައެވެ. އެހެންކަމުން، މި މައްސަލައިގައި ކުރިމަތިވެފައިވާ އިޖުރާއީ އައިބު ޝަރީޢަތުގެ މަރުޙަލާގެ ތެރެއިން ރަނގަޅުކުރެވިފައިވާކަމަށް ބަލަންޖެހެއެވެ.

75މިނިސްޓްރީ އޮފް ފޮރިނގްއެފެއާޒ މެދުވެރިކޮށް ހޯދާފައިވާ ލިޔުމާއި ގުޅޭ ގޮތުން ބަސް ބުނުމުގެ ފުރުޞަތު ލިބިފައިނުވިނަމަވެސް، އޭގައި ހިމެނޭ މަޢުލޫމތާއ ގުޅި ގޮތުން ކުއްޖާގެ ބައްޕައަށް ބަސްބުނުމުގެ ފުރުޞަތު ލިބިފައިވާތީ، މި ޙަޤީޤަތް މި މައްސަލައަށް ތަޠުބީޤުކޮށް، މިނިސްޓްރީ އޮފް ފޮރިނގާއެފެއާޒ މެދުވެރިކޮށް ހޯދާފައިވާ ލިޔުމާއި ގުޅޭ ގޮތުން ބަސް ބުނުމުގެ ފުރުޞަތު ލިބިފައިނެތުމަކީ، ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް، މިކަމާ ގުޅިގެން ކޯޓުން ނިންމާފައިވާ ނިންމުމަށް އަސަރުކުރުވަނިވި ކަމެއް ކަމުގައި ނުދެކެމެވެ.

76މިނިސްޓްރީ އޮފް ފޮރިނގްއެފެއާޒ މެދުވެރިކޮށް ހޯދާފައިވާޓަރކިޝް ސިޓިޒެންޝިޕ ޤާނޫން ތުޢަނުކުރުމަށް ކުއްޖާގެ ބައްޕައަށް ފުރެޞްތު ލިބުނުނަމަ، ކުއްޖާގެ ބައްޕަގެ ފަރާތުން ހުށަހަޅާނެ ނުކުތާތަކުގެ ތަފްޞީލަށް ރިޢާޔަތްކުރާއިރުވެސ، މިކަމުގައި ކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލެއް އަތުވެދާނެފަދަ ހުއްޖަތެއް ދެއްކިފައިވާކަމުގައި ނުދެކެމެވެ. މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި 20 އޮގަސްޓް 2025 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފުކުރާ ފަރާތުން މިފަދައިން ބުނެފައިވެއެވެ. މިކަން މި ބިނާކުރަނީ of the Turkish Citizenship Law” mplementationI “Regulation on the އާ ގުޅޭގޮތުން ކުއްޖާގެ ބައްޕަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށެވެ. ޚަޞްމުންގެ ފަރާތުން ފައިސަލާކުރުމަށް އެދިފައިނުވާކަމާކަ ށ ގޮތް ނިންމުމުގެ މައްޗަށް ބިނާވާ އިސްތިއުނާފީ ނުކުތާ

77މި ނުކުތާގައި ކުއްޖާގެ ބައްޕަގެ ފަރާތުން ފާހަގަކޮށްފައިވަނީ،ފެމިލީ ކޯޓުން ފަރުވާ ދީފައިވަނީ ކުއްޖާގެ މަންމަގެ ފަރާތުން ފެމިލީ ކޯޓުގައި އުފުލި ދަޢުވާއާއި ދަޢުވާ ބިނާކުރާ ލިޔުންތަކުގައި ބަޔާންކޮށްފައިވާ ކަންކަމުގައި ފާހަގަކޮށްފައިވާ ކަންކަމާއި އެދިފައިވާ ފަރުވާއާ ޚިލާފަށްކަމުގައެވެ.

78HN5އާންމު އުޞޫލަކީ، ކޯޓުން ޙުކުމްކުރަންވާނީ ޚަޞްމުންގެ ފަރާތުން ހުށަހަޅާފައިވާ ވަޤާއިޢުތަކުގެ މައްޗަށް ބިނާކޮށް، ފައިސަލާކުރުމަށް އެދިފައިވާ ކަންތައްތަކުގެ މައްޗަށްކަމެވެ. މި މަފްހޫމަކީ، މައްސަލައެއްގައި އެދިފައިވާ ފަރުވާގެ ތެރެއިން ފައިސަލާކުރުމެވެ.މިއީ އެޑްވަސޭރިއަލް ނިޒާމުގެ އަސާސާ އެއީ ސިފައިގެ ތެރޭގައި ހިމެނޭ ފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅޭ ވާޤެ އިތައް، އ ވާޤޭ އތައ ހުށަހަޅް ފަރާތްތަކުން އެކަންކަން ސާބިތުކުރުމުން އެކަމުގެ މައްޗަށް ތަޠުބީޤު ކުރަންޖެހޭ ޤާނޫނު ތަޠުބީޤުކޮށް މައްސަލައިގައި ގޮތެއް ކަނޑައަޅަމުން ދިޔުމާއި ގުޅިފައިވާ މަފްހޫމެކެވެ.

79ކޯޓުން ޙުކުމްކުރަންވާނީ ޚަޞްމުންގެ ފަރާތުން ހުށަހަޅާފައިވާ ވާޤިއާ ތަކުގެ މައްޗަށް ބިނާކޮށް، ފައިސަލާކުރުމަށް އެދިފައިވާ ކަންތައްތަކަށްކަމށާއު،ޚަޞްމުން އެދިފައިނުވާ ކަންކަމަށް ފައިސަލާކޮށްގެންނުވާނެކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2013/SC-A/44 މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޝަމްޢލީ ރަޝީދުޤަޟިއްޔާގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2021/SC-A/49ދީ ބާޖު އިންވެސްޓްމަންޓާ ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް )މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭ ވިއޭޝަން( ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/49 ދިބާޖ އިންވެސްޓްމަންޓާ ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް )މިނިސްޓްރީ އޮފް ޓްރާންސްޕޯޓ އެންޑް ސިވިލް އެވިއޭޝަން( ޤަޟިއްޔގާ 114 ވަނަ ނުކުތާގައި ފާހަގަކޮށްފައިވަންކޯޓުނ ގޮތެއް ކަނޑައަޅަންޖެހެނީ، ފަނޑިޔާރުގެ ކުރިމައޗަށ ހުށަހެޅުން މައްސަލައަށކަމަށާއި،ނޭދޭ ފަރުވާއެއް ފޯރުކޮށްދިނުމުގެ އިޚްތިޔާރެއް ފ ނޑިޔާރަކަށ ލިބިގެނެއް ނުވާކަމުގައެވެ.

80ކުއްޖާގެ މަންމަ ފެމިލީ ކޯޓުގައި އުފުލާފައިވާ ދަޢުވާއަށް ބަލާއިރު، ކުއްޖާއަށް ތުރުކީއިން ސިޓިޒެންޝޕ ހޯދުމުގެ ބޭނުމުގައި ކުއްޖާގެ ބައްޕަގެ އިޢުތިރާޟެއް ނެތްކަމުގެ ލިޔުން ހޯދުމަށް އެދުމުން، އެ ލިޔުން ކުއްޖާގެ ބައްޕަގެ ފަރާތުން ދީފައިނުވާތީ، މި މައްސަލައަކީ ކޯޓު މެދުވެރިކޮށް، މި އިޢުތިރާޟު ނެތްކަމުގެ ލިޔުން، ނުވަތަ ތުރުކީގެ އިދާރާތަކަށް ބޭނުންވާނެ ލިޔުމެއް ޝަރީޢަތް މެދުވެރިކޮށް ހޯދުމަށް އެދި ކުއްޖާގެ މަންމަ ހުށަހެޅި މައްސަލައެއްކަން ބަޔާންކުރެއެވެ.މި މައްސަލައިގައި ކުއްޖާގެ މަންމަގެ ފަރާތުން އެދިފައިވަނީ، ކުއްޖާ ތުރުކީގެ ސިޓިޒެންޝިޕ ހޯދުމަށް އެދި ހުށަހެޅުމަށް ކުއްޖާގެ ބައްޕަ ދޭންޖެހޭ ލިޔުން ކޯޓު މެދުވެރިކޮށް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށެވެ.

81މ މައްސަލައިގެ ތެރެއިން ފާޅުވި ޙަޤީޤަތަކީ ކުއްޖާގެ މައިންބަފައިން ވަކިވެފައިވާ ޙާލަތުގައި، ކުއްޖާއަށް ތުރުކީގެ ސިޓިޒެންޝިޕް ލިބުގަތުމަށް ކުއްޖާގެ ޙަޟާނަތު ނުވަތަ ބެލެނިވެރިކަނ ޙަވާލުކޮށްފައިވާ ބެލެނިވެރިޔާ ނޫން އަނެއް ބެލެނިވެރިޔާ (non-custodial parent) ގެ ރުހުން ބޭނުންވާކަމެވެ. އަދި މި ރުހުން ލިބެންނެތްނަމަ، ކުއްޖާގެ މަންމަ ނުވަތަ ބައްޕަ ދިރައުޅެޤްއުމެއްގ ކޯޓަކުން ކަނޑައަޅާ ގޮތެއްގެ މަތިން ގޮތެއް ނިންމާނެކަމުގައި ތުރުކީގެ ސިޓިޒެންޝިޕ ޤާނޫނުން ކަނޑައަޅާފައިވާކަމެވެ.

82މ ރުހުން އޮންނަންވީ ވަކި ގޮތެއް ލިބިފައިވާ ޤާނޫނީ ނައްސުތަކުން ސާފުނުވިނަމަވެސް، ސިޓިޒެންޝިޕް ލިބިގަތުމުގެ ބޭނުމުގައި ކުއްޖާގެ parent non-custodial ގެރުހުން އޮތުން ލާޒިމުކުރެއެވެ. މިކަމަށް ބޭނުންވަނީ non-custodial parent ގ އިޢުތިރާޟެއްނެތްކަން ނުވަތަ އެކަމުގައި non-custodial parent ގ ރުހުން އޮތްކަން އެނގޭނެ ހެއްކެކެވެ. އާންމު އުޞޫލުން މިއީ ލިޔުމަށް ތިރިކޮށް، non-custodial parent ގެ ފަރާތުން ދޭ އިޤްރާރެކެވެ. ކުއްޖާގ މަންމަގެ ފަރާތުން ފެމިލީ ކޯޓށ ހުށަހަޅާފައިވް "ޢާއިލީ އެހެނިހެން މައްސަލަ ހުށަހަޅާ ފޯމު" ގެ "ހުށަހަޅާ މައްސަލައިގާ ޚުލާޞާ" ކުއްޖާގެ މަންމަގެ ފަރާތުން ފެމިލީ ކޓޯ ށ ހުށަހަޅާފައިވް "ޢާއިލީ އެހެނިހެން މައްސަލަ ހުށަހަޅާ ފޯމު" ގެ "މައްސަލަ ހުށަހަޅަ ފަރާތުން އެދޭ ގޮތް"

83މ މައްސަލި ކުއްޖާގެ މަންމަގެ ފަރާތުން ހުށަހަޅާފައިވަނީ، މި އިޢުތިރާޟު ނެތްކަމުގެ ލިޔުން، ނުވަތަ ތުރުކީގެ އިދާރާތަކަށް ބޭނުންވާނެ ލިޔުމެއް ޝަރީޢަތް މެދުވެރިކޮށް ހޯދުމަށެވެ. އަދި މައްސަލައިގައް އެދިފައިވާ ފަރުވާއަކީވެސް، ކުއްޖއަށާތުރުކީގެ ސިޓިޒެންޝިޕ ހޯދުމަށް އެދި ހުށަހެޅުމަށް ކުއްޖާގެ ބައްޕަ ދޭންޖެހޭ ލިޔުން ކޯޓު މެދުވެރިކޮށް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށެވެ.

84ފެމިލީ ކޯޓުން ނިންމާފައިވާ ނިންމުމަށް ބަލާއިރު، މިފަދަ ލިޔުމެއް ދިނުމަށް ކުއްޖާގެ ބައްޕަ އިޢުތިރާޟުކުރާކަނ ކޯޓުން ފާހަގަކޮށް، މިފަދައިން އިޢުތިރާޟުކުރާ ޙާލަތުގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭކަމަށް ދެކޭ ކަމުގައި ބަޔާންކޮށްފައިވެއެވެ.

85HN6މާއި ކުޑަކުއްޖަކީ ގުޅާ މައްސަލައެކެވެ. ކުޑަކުދިންނާ ގުޅޭ މައްސަލަތައް ނިންމުމުގައި ދައުލަތުގެ އެންމެހާ އިދާރާތަކުން ޢަމަލުކުރަންޖެހޭނީ ކުއްޖާގެ މަޞްލަޙަތު ހިމެޔަތްކުރުމަށްކަންކުޑަކުދިންގ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކުރެއެވެ. ކުޑަކުދިންނާ ގުޅޭ މައްސަލަތައް ނިންމުމުގައި ކޯޓުގެ އިސް ދައުރަކަށްވާންވާނީވެސް މި ތަރަހައިގެ ތެރެއިން މައްސަލަ ނިންމުމަށެވެ. އެހެނީ، ކުއްޖާގެ މަޞްލަޙަތު ހިމާޔަތްކުރުމަކި ދައުލަތުގެ އިދާރާތަކުގެ މައްޗަށް އޮތ އަސާސީ އިލްތިޒާމްކަމުގައ ވާތީއެވެ.

86މި މައްސަލައިގައި ފެމިލީ ކޯޓުން ނިންމާފައިވަނީ، ކުއްޖާއަށް ތުރުކީގެ ސިޓިޒެންޝިޕް ހޯދުމަށް ބޭނުންވާ ކުއްޖާގެ ބައްޕަގެ އިޢުތިރާޟެއްނެތްކަމުގެ ލިޔުމުގައި 05 )ފަހެއް( ދުވަހުގެ ތެރޭގައި ސޮއިކޮށް،މިކަމަށް ބޭނުންވާ އެއްބާރުލުން ކުއްޖާގެ ބައްޕަ ދިނުމަށް އަންގައި، މި ލިޔުމުގައި ސޮއިކޮށ އެއްބާރުލުން ދިނުމަށް ކުއްޖާގެ ބައްޕަ އިންކާރުކޮށްފިނަމަ، ކުއްޖާގެ ސިޓިޒެންޝިޕ ހޯދުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމުގެ ބާރު ކުއްޖާގެ ޙަޟާނަތު ލިބިފައިވާ ކުއްޖާގެ މަންމައަށް ލިބިގެންވާކަމަށް ކަނޑައަޅައެވެ. ފެމިލީ ކޯޓުގެ ނަންބަރު 1608/Fm-C/2023 ޤަޟިއްޔާ ގ "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް" ގެ 10.1 ވަނަ ނުކުތާ

87މިއީ ކޯޓު މެދުވެރިކޮށް މި ލިޔުން ހޯދުމަށް ކޯޓުގައި ކުއްޖާގެ މަންމަގެ ފަރާތުން އެދުނު އެދުމަށް، އަދި އެދިފައިވާ ފަރުވާގެ މައްޗަށް ކޯޓުން ނިންމާފައިވާ ނިންމުމެވެ. މިއީ ކުއްޖާގެ މަންމަގެ ފަރާތުން ހުށަހަޅާފައިވިވަޤާއިޢުތަކުގެ މައްޗަށް ބިނާކޮށް، ކޯޓު މެދުވެރިކޮށް އިޢުތިރާޟެއްނެތްކަމުގެ ލިޔުން ހޯދުމަށ އެދް ކުއްޖާގެ މަންމަގެ ފަރާތުން ފައސެލާކުރުމަށް އެދިފައިވާ އެދުމުގެ މައްޗަށް ބިނާކޮށް، ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ސީޣާގެތެރެއިން، އަދި ފޯރުކޮށްދިނުމަށް އެދިފައިވާ ފަރުވާގެ ތެރެއިން ކޯޓުން ދީފައިވާ ފަރުވާއެކެވެ.

88އެހެންކަމުން، މިއީ ޚަޞްމުންގެ ފަރާތުން ފައަސް ލާކުރުމަށް އެދިފައިނުވާކަމކަށެކޯޓުން ގޮތް ނިންމައިގެން ނުވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ 2013/SC-A/44 މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޝަމްޢީލް ރަޝީ ދުޤަޟިއްޔާގައި ކަނޑައަޅާފައިވި އުޞޫލާ ޚިލާފު ނިންމުމެއް ކަމުގައި ބެލެވޭނެ ޤާނޫނީ ހަމައެއް އޮތް ކަމަކަށް ނުދެކެމެވެ. ކުއްޖާއާ ބައްދަލުނުވާކަމަށ ބުން ބުނުމަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާ ބުނުން

89ކްއްޖާގ ބައްޕަގެ ފަރާތުން މި ނުކުތާ ބިނާކޮށްފައިވަނީ، ކުއްޖާއާ ބައްދަލުކުރުމާގުޅޭ ގޮތުން ފެމިލީ ކޯޓުނަ ކޮށްފައިވް ޙުކުމްތަކާ އެއްގޮތަށް ކުއްޖާގެ މަންމަ ޢަމަލުނުކުރާކަން ކުއްޖާގެ ބައްޕަގެ ފަރާތުނ ފާހަގަކުރިނަމަވެސް، ފެމިލީ ކޯޓުން އެކަމަށް ރިޢާޔަތްނުކޮށް މުއްސަލަ ނިންމާފައިވަނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމގ ޤާނޫނުގެ 8 ވަނަ މާއްދާއާއި، މި ޤާނޫނުގެ 24 ވަނަ މާއްދާގެ )ހ( އާ ޚިލާފަށްކަމުގައެވެ.

90ކުއްޖާގެ ބައްޕަގެ ފަރާތުން މި ނުކުތާގައި ފާހަގަކުރާ ޤާނޫނީ ނައްސުތައް ދެނެގަތުން މުހިންމެވެ. މި ނުކުތާގެ މައިގަނޑު ބިނާއަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާއެވެ. މިއީ ކުޑަކުދިންގެ ޙައްޤުތައް ބަޔާންކުރާ މާއްދާތަކުގެ ތެރެއިން އަސާސީ އެއް މާއްދާއެވެ.

91މ މާއްދާގެ )ހ( ގައިވަނީ،ދައުލަތުގެ އިދާރާތަކުންވިޔަސ ނުވަތް ޝަރުޢީ ކޯޓުތަކުންވިޔަސ ނުވަތް ރައްޔިތުންގެ މަޖިލީހުންވިޔަސ ނުވަތް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދޭ ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތަކުންވިޔަސ ނުވަތް ބެލެނިވެރިން ކަމުގައިވިޔަސް، ކުޑަކުއްޖަކާގުޅޭ ކަންކަން ނިންމމުގައު އެންމި އިސްކަމެއް ދޭންވާނީ، އެކުއްޖާގެ މަޞްލަޙަތު ޙިމާޔަތްކރުމަށްކަމުގައެވެ.

92ކުއްޖާގެ މަޞްލަޙަތަށް އިސެކަންދިނުމުގައި، ކޮންމެ ކުއްޖަކާ ގުޅޭ ގޮތުން ނިންމާ ނިންމުމަކީ، އ ކުއްޖަކު ހުރި ޙާލަތަށާއި، އެ ކުއްޖާއާ ގުޅުވައިގެން ހުރި ވަށައިގެންވާ ކަންކަމަށް ރިޢްޔަތްކޮށް، ކޮންމެ ކުއްޖެއްގެ ޙާލަތު ވަކިން ވަޒަންކޮށް ނިންމާ ނިންމުމެކެވެ. މިކަން ސާފުވަނީ މި މާއެދަގ )ށ( އިންނެވެ. އެހެންކަމުން، އާންމު މިންގަނޑަކުން ކުއްޖާގެ މަޞްލަޙަތު ވަޒަންކުރުމުގއީބަލައި، އެ ނިންމުމެއް ބިނާވާ ކުއްޖާގެ ޙާލަތާއި، ވަށައިގެންވާ ކަންކަން ދެނެގަނެ، ނިންމުން ނިންމަންޖެހެނީ subjective މިންގަނޑަކުން ވަޒަންކުރުމަށް ފަހުއެވެ.

93ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރު މުގާޤާނޫނު މާނަކުރަންވާނީ ޤާނޫނުއަސާސީއާއި، އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތްވާގޮތުގެ މަތިން، އަދި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކާ އެއްގޮތްވާގޮތުގެ މަތިންކަމުގައިވާއިރު،މ ޤާނޫނުގައި ބަޔާންކޮށްފައިވ ކަންކަން މާނަކުރުމުގައާއި ތަޠުބީޤުކުރުމުގައި، ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއާއި، އެ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްތަކާއި، އެނޫންވެސް ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުޢާހަދާތަކުގައ ބަޔާންކުރި އިޞާލުތަކާއި، އިންސާނީ ޝަރަފާއ ހަމަހަމަކަމާއި މިނިވަންކަމަށ ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދީމިޤްރާޠީ މުޖުތަމަޢުތަކުން ޤަބޫލުކުރާ އެޞލުތައް ނަގަހައްޓަންވާނެކަމުގައ މި ޤާނޫނުގި 3 ވަނަ މާއްދާގައި ބަޔާންކުރެއެވެ.މިހެން ކަމުން، ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައެ،އ ކުދިންގެ މަޞްލަޙަތާއި ގުޅޭ ކަންކަން ބަޔާންކުރާއިރު، މިކަންކަމަށް ނަޒަރުކުރުން މުހިންމުކަމުގައި ދެކެމެވ.

94މިގޮތުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވާނަ މާއްދާގަ ފެށުމަކީ، ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދ ގެ 3 ވަނަ މާއްދާގެ 1 ވަނަ ނަންބަރެވެ. މި މާއްދާގައި ބަޔާންކުރަނީ އަންނަނިވި ފަދައިންނެވެ. “In all actions concerning children, whether undertaken by public or private social welfare institutions, courts of law, administrative authorities or legislative bodies, the best interest of the child shall be a primary consideration.”

95"ކުޑަކުދިންގެ މަޞްލަޙަތަށް އިސްކަންދިނުން" މި މަފްހޫމަކީ އައު މަފްހޫމެއްނޫނެވެ.ކުޑަކުދިންގެ ޙައްޤުތަކާބެހާބައިނަލްއަޤްވާމީ މުޢާހަދާގެ ކުރިން ވުޖޫދުވެފައިވާ 1959 ވަނަ އަހަރު ގެ ކުޑަކުދިންގެ ޙައްޤުތަކުގެ ޤަރާރުގައިތުރުން އަންހެނުނާމެދ ކުރެވު އެންމެހާ ތަފާތުކުރުންތައް ނައްތާލުމާބެހޭ މުއާހަދާގއިވެސ ބަޔާންކުރެވުނު މަފްހޫމެކެވެ.

96ކުޑަކުދިންނާގުޅޭ ނިންމުންތައް ނިންމުމުގައި ކުދިންގެ މަޞްލަޙަތަށް އިސްކަންދިނުމަކީ، މި މުއާހަދާގެ ދަށުން، ކުޑަކުދިންގެ ޙައްޤުތަކާއި ގުޅޭ މައިގަނޑު 04 )ހަތަރެއް( އުޞޫލުގެ ތެރެއިން 01 )އެކެއ( އުޞޫ ލުކަމުގައި ކުޑަކުދިންގެ ޙައްޤުތަކާބެހޭ ކޮމިޓީއިން ކަނޑައަޅާފައިވެއެވެ. އަދި ހަމައެއާއެކު، މި މި މުއާހަދާ، Child the of Rights the on Convention ގައި 20 އޮގަސްޓު 1990 ދުވަހު ދިވެހިރާއްޖެއިން ސޮއިކޮށް 11 ފެބުރުވަރީ 1991 ގައިތަސްދީޤކޮށްފައިވެއެވެ. މީގެ އިތުރުން، މި މުއާހަދާގ Optional Protocol ދްވެހިރާއްޖުއިނެ ތަސްދީޤކޮށްފައިވެއެވެ. Optional Protocol to CRC on the involvement of children in armed conflict ދްވެހިރާއްޖެއިނީތަސްދީޤކޮށްފައިވަނ 29 ޑިސެންބަރު 2004 ގައެވެ. Optional Protocol to CRC on the sale of children, child prostitution and child pornography ދިވެހިރާއްޖެއިން ތަސްދީޤކޮށްފައިވަނ 10 މެއި 2002 ގައެވެ. Optional Protocol to CRC on communications procedure ދްވެހިރާއްޖެއިނީތަސްދީޤކޮށްފައިވަނ 27 ސެޕްޓެންބަރު 2019 ގައެވެ. Declarion of the Rights of the Child, paragraph 2 Convention on the Elimination of All Forms of Discrimination against Women, Article 5(b), 16(1)(d) ކުޑަކުދިންގެ ޙައްޤުތަކާބެހޭ ކޮމިޓީ (The Committee on the Rights of the Child) އަކީ ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުއާހަދާގެ ދަށުން އެކުލަވާލާފައިވާ ކޮމިޓީއެކެވެ. މި މުއާހަދާއާއި، މި މުއާހަދާގައ ބަޔާންކުރި ޙައްޤުތައް ތަފްޞީލުކޮށް، އަދި މައާހަދާގައި ބައިވެރިވެފައިވާ ޤއުމުތަކުން މި ޙައްޤުތައް މާނަކޮށް ތަންފީޒުކުރާނެގޮތުގެ އިރުޝާދު މި ކޮމިޓީއިން ދެނީ މި ކޮމިޓީއިން އާންމުކުރ General Commentsގެ ގޮތުގައެވެ. މުއާހަދާގެ އާންމު އުޞޫލުތައް ކަމުގައިވާ، ތަފާތުނުކުރުމާއި،ދިރިހުރުމާއި ދިރިދެމިހުރުމާއި 22 21 ހެދިބޮޑުވުމުގ ޙައްޤާއި، ރައުޔު ފާޅުކުރުމުގެ ޙައްޤާއި،ކުއްޖާގެ މަޞްލަޙަތަށް އިސްކަންދިނުމުގެ މަފްޙާ މއ ވަނީ ގުޅިލާމެހިފައެވެ.

97ކުޑަކުދިންގެ ޙައްޤުތެކާބެހަ ބައިނަލްއަޤްވާމީ މުޢހަދާގް ކުޑަކުދިންގެ މަޞްލަޙަތަށް އިސްކަންދިނުމާއިގުޅޭ ބަޔާނވެދިޔް 3 ވަނަ މާއްދާގެ 1 ވަނަ ނަންބަރު،ކުޑަކުދިންގެ ޙައްޤުތަކާބެހޭ ކޮމިޓީއިން ތަފްޞީލުކޮށް، (2013) 14 No. Comment General ގެ ގޮތުގައި އާންމުކޮށްފައިވެއެވެ.

98މި General Comment ގައި ކުދިންގެ މަޞްލަޙަތާއި ގުޅޭ މަފްހޫމު ތަރުޖަމާކޮށްފައިވަނީ 03 )ތިނެއް( މިންގަނޑުގެ އަލީގައެވެ. އެއީ މައުޟޢޫ ޙައްޤުގެ ދާއިރާގެ right) (substantive ތެރެއިންނާއި، ތަފްސީރީ )ނުވަތަ ތަރުޖަމާގެ( އުޞޫލުގެ principle) (interpretative ތެރެއިންނާއި، އިޖުރާއީ މިންގަނޑުތަކުގެ (rule of procedure) ތެރެއިންނެވެ.

99މައުޟޫ ޢާޙައްޤުގެ ތެރެއިން މި މަފްހޫމް ވަޒަންކުރުމަކީ، ކުދިންނާއި ގުޅޭ ނިންމުންތައް ނިންމުމުގައި ކުދިންގެ މަޞްލަޙަތަށް އޮތް އެންމެ ރަނގަޅު ގޮތް ދެނެގަތުމަކީ އެ ކުއްޖާއަށް ލިބިގެންވާ ޙައްޤެއްކަމާއި، އަދި ކުދިންނާއި ގުޅޭ ނިންމުންތައް ނިންމުމުގައި މިގޮތުގެ މަތިން ޢަމަލުކޮށް މި ޙައްޤު ތަންފީޒުކުރެވޭނެކަމުގެ ޔަޤީންކަން ދިނުމެވެ. މިއީ ދައުލަތުގެ މައްޗަށް އޮތް އިލްތިޒާމެކެވެ. އަދި މިއީ ކޯޓުގައިވެސް އެދެވިދާނެކަމެކެވެ. General Comment No. 14 on the right of the child to have his or her best interests taken as a primary nd consideration (art. 3, para. 1) adopted by the Committee at its 62 session (14 Januray – 1 February 2013) General Comment No. 14, paragraph 6

100މ މަފްހޫމު ތަފްސީރީ އުޞޫލުގެ ތެރެއިން ވަޒަންކުރުމަކީ، ޤާނޫނީ ނައްސެއް މާނަކުރުމުގައި އެއް ގޮތަށް ވުރެ ގިނަ ގޮތްގޮތަށް އެ ނައްސު މާނަކުރެވޭނަމަ، ކުއްޖާގެ މަޞްލަޙަތަށް އެންމެ ފައިދާވާނެ މާނަކުރުމެއް އިޚްތިޔާރުކުރުމެވެ. އިޖުރާއީ މިންގަނޑުގެ ތެރެއިން މި މަފްހޫމު ވަޒަންކުރުމަކީ، ކުދިންނާއި ގުޅޭ ގޮތުން ނިންމާ ނިންމުންތަކުގެ އަސަރު އެ ކުދިންނަށް ކުރާނެ މިންވަރު ދެނެގާނެ، އިޖުރާއަތުގެ ޒަރިއްޔާއިން މިކަން ޔަޤީންކުރުމެވެ. މިގޮތުން، ކުދިންނާ ގުޅޭ ގޮތުން ނިންމި ނިންމުމުންތަކުގައ މި ޙައްޤަށް އިސްކަންދިންގޮތާއި، މިކަންވަޒަންކުރްގޮތާއި، އަދި ނިންމުމަށް ވާސިލުވިގޮތް އެ ނިންމުމުން އެނގެން އޮންނަންވާނެއެވެ.

101އެއްވެސ ފަރާތަކުން ވަކް ކަމަކާ ގުޅޭ ގޮތުން ކުއްޖާގެ މަޞްލަޙަށް އެންމެ ފައިދާހުރި ގޮތް ކަނޑައަޅަންޖެހިއްޖެ ޙާލަތެއްގައި، އެކަން ކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭ އާންމު މިންގަނޑު ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ )ށ( ގައި ބަޔާންކުރެއެވެ. އެ މާއްދާގައި ބަޔާންކުރަނީ އަންނަނިވި ފަދައިންނެވެ. "8. )ށ( ކުއްޖާގެ މަޞްލަޙަތަށް އިސްކަންދިނުމުގައ، ކޮންމެ ކުއްޖަކާ ގުޅޭގޮތުންވެސ ގޮތެއް ނިންމަންވާނީ، އެކުއްޖަކ ހުރު ޙާލަތަށާއި ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތްކުރުމަށްފަހު، ކޮންމެ ކުއްޖެއްގެ މައްސަލަ ވަކިންނެވެ. އެގޮތުން، އެއްވެސް ފަރާތަކުން ވަކި ކަމަކާ ގުޅޭގޮތުން ކުއްޖާގެ މަޞްލަޙަތަށް އެންމެ ފައިދާހުރި ގޮތް ކަނޑައަޅަންޖެހިއްޖެ ޙާލަތެއްގައި، އެކަން ކަނޑައަޅަންވާނީ އަންނަނިވި ޢާންމު މިންގަނޑުތަކަށް ރިޢާޔަތްކުރުމަށްފަހުގައެވެ. )1( ކުއްޖާ އެކަމާމެދު ދެކޭ ގޮތް؛ )2( ކުއްޖާގެ އަމިއްލަ ވަންތަކަން؛ )3( ކްއްޖ ޢާއިލާ މާޙައުލެއްގައި ދެމިހުރުމުގެ މުހިންމުކަމާއި ޢާއިލާގެ މެންބަރުންނާ ކުއްޖާއާ ދެމެދު އޮންނަ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން؛ )4( ކުއްޖާއަށް ލިބެންޖެހޭ އަޅާލުމާއި، ރައްކާތެރިކަމާއި، ސަލާމަތްތެރިކަން؛ )5( ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމުގެ ޙައްޤު؛ )6( ކުއްޖާއަށް ލިބިދޭ އުނގެނުމުގެ ޙައްޤު؛ )7( ކުއްޖާގެ އިޖްތިމާޢީ ނުވަތަ އެނޫންވެސް ޙާލަތު."

102މިއީ އާންމު މިންގަނޑެކެވެ. މިއީ exhaustive list އެއްނޫނެވެ.މީގެ މާނައަކީ،ކުދިންގެ ޙާލަތަށް ބަލައި، މި މިންގަނޑުގައި ބަޔާންކުރާ ކަންތައްތަކުގެ އިތުރުން، އިތުރު ކަމަކަށް ނުވަތް ކަންކަމށަ ރިޢާޔަތްކުރަންޖެހިދާނއެވެ.އެއީ ކުދިންގެ ޙާލަތަށާއި، އަދި ވަށައިގެންވާ ކަންކަމަށް ބިނާވާ ކަމުވެ.ކ މީގެ އިތުރުން، ބަޔާންކރެވިދިޔިމިންގަނޑުތަކަށް ބުރަދަންދިނުމުގައި ބަލަންވާނީ، އެ މިންގަނޑު ކުއްޖާގެ ޙާލަތާއި ގުޅޭ މިންވަރެވެ. އެ ޙާލަތަކާ ގުޅޭ ނިސްބަތަށެވެ. މި މިންގަނޑު ތަޠުބީޤުކުރުމުގައ އެ މިންގަނޑުގައި ބަޔާންކުރާ އާންމު މަޤްޞަދަށް ރިޢާޔަތްކުރަންޖެހޭނެއެވެ.

103ކުއްޖާގެ މަޞްލަޙަތަށް އޮތް އެންމެ ހެޔޮ ގޮތް އިޚްތިޔާރުކުރުމުގައި ނަޒަރުކުރެވިދާނެ ހަމަތަކަކީ ގައިދުކުރެވިފައިވާ ހަމަތަކަށްކަމުގައިނުވާއިރު،ކުދިންގެ މަޞްލަޙަތަށް އެންމެ ފައިދާހުރި ގޮތް ވަޒަންކުރުމުގައި ބޭނުންކުރެވިދާނެ ހަމަތަކުގެ ގޮތުގައި General Comment ގައި ބަޔާންކުރާ މިންގަނޑުތަކަކީ، މި ބާވަތުގެ މައްސަލަތަކަށް ގޮތެއް ނިންމުމުގައި ރިޢާޔަތްތެރިކަން ދެވިދާނެ އިތުރު ކަންކަމެވެ. މިގޮތުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ )ށ( ގައި ބަޔާންކުރާ މިންގަނޑުތަކުގެ އިތުރުން،ކުއްޖާ އާ ހިނދު ހުރި ނުވަތަ ތަހައްމަލުކުރަމުންދ ނާޒުކިޙ ލަތަށް ރިޢާޔަތްކުރަންޖެހދާނެއެވެ.މިސާލަކަށް އަނިޔާގެ ޝިކާރައަށްވެފައިވާ ކުއްޖެއްގެ ޙާލަތު ވަޒަންކުރާއިރު، އެ ކުއްޖާގެ ޙާލަތާއި އެހެނިހެން ކުދިންގެ ޙާލަތާއި އެއްގޮތެއެނުކުރެވޭނެއެވެ. އަދި އެހެންމެ، ޚާއްޞަ ރައްކާތެރިކަން ފޯރުކޮށްދޭ ޙާލަތެއްގައިވާކުދިންގެ ތެރޭގައިވެސް ފަރަގުތަކެއ ހުންނާނެއެވެ. މި ކުދިންގެ ޙާލަތު މިނާނ އެއީ ނާޅއަކުންނޫނެވެ.

104HN7މ ހިސާބުން އުފެދޭ ސުވާލަކީ ކުދިންގެ މަޞްލަޙަތަށް އެންމެ ފައިދާހުރި ގޮތް ދެނެގަތުމުގައި ބަލްނެޖެހޭ މިންގަނޑުތަކުގެ ތެރެއިން، އެއް މިންގަނޑު އަނެއް މިންގަނޑާ ތައާރުޟުވާނަމަ، ނުވަތަ ފުށުއަރާނަމަ، ޢަމަލުކުރާނެ ގޮތަކާމެދު އުފެދޭ ސުވާލެވެ. މިސާލަކަށް ކުއްޖަކަށް އިހުމާލުވެފައިވާ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ )ނ( General Comment No. 14, paragraph 53-79 ބެލެނިވެރިޔަކާއެކ ކުއްޖަކު އުޅެން ބޭނުންވކަމުގައާ ބުނާއިރު، އެ ބެލެނިވެރިޔާގެ ފަރާތުން އ ކުއްޖާއާމެދު އިހުމާލުވެފައިވާކަމަށް ފާޅުވާ ޙާލަތުގައި، އިސްކަންދޭނީ ޢާއިލީ ގުޅުން ޤާއިމުކުރުމަށްތޯ، ނުވަތަ އެ ކުއްޖާއަށް ރާއްކާތެރިކަން ފޯރުކޮށްދޭންތޯއެވެ.

105މިފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ޙައްޤުތަކަށް ބިނާވާ، އަދި ކުޑަކުދިންނަށް އަމާޒުކުރެވިފައިވާ ރޭވުންތެރި އޮނިގަނޑެއް framework) centered child (structured ބޭނުންކުރުމަކީ މުހިންމުކަމެވެ.

105.1. މިގޮތުން، ފުރަތަމަ ކަމެއްގެ ގޮތުގައި އަރައިރުންވ ނުވަތާ ފުށުއަރާ މަޞްލަޙަތުތައް ނުވަތަ ޙައްޤުތައ ދެނެގަތުން މުހިންމެވެ.މީގެ ތެރޭގައި ކުއްޖާގެ ޙާލަތާއި ގުޅޭ އެންމެހާ މަޞްލަޙަތުތަކާއި ޙައްޤުތައް ދެނެގަންނަންޖެހެއެވެ. އަދި ހަމަމިއާއެކު، އެކަމުގައި މަޞްލަޙަތު ހިމެނޭ އެންމެހާ ފަރާތްތަކުގެ ޙައްޤުތައްވެސް ފާހަގަކޮށް، ފ ށއަރާ ޙައްޤުތަކާއި މަޞްލަޙަތުތައްވެސް ދެނެގަންނަންޖެހެއެވެ.މިސާލަކަށް ފީށޭއަރ ޙައްޤަކާ ނުވަތަ މަޞްލަޙަތަކީ ކުއްޖާގެ ދުޅަހެޔޮކަމާއި، ނުވަތަ ކުއްޖާއަށް ލިބެންޖެހޭ ރައްކާތެރިކަމުގެ ޙައްޤާއި ގުޅޭ ފްށުއެރުމެއްތޯ، ނުވަތަ ކުއްޖާގެ ޙައުޤާއި މައިންބަފައިންގެ ޙައްޤާއި ދެމެދު އޮތް ފޯށއެރުމެއްތ، މިކަންކަން ދެނެގަންނަންޖެހޭނެއެވެ.

105.2. ދެވަނަ ކަމެއްގެ ގޮތުގައި، ކުއްޖާއާ ގުޅޭ އެސެސްމެންޓެއް ހަދަންޖެއެވެ. މިފަދަ އެސެސްމެންޓެއް ބިނަވާންވާނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ )ށ( ގައި ބަޔާންކުރާ މިންގަނޑުތަކުގެ މައްޗަށެވެ.މިފަދަ އެސެސްމެންޓެއް ހެދިގެންދާއިރު، ކުއްޖާ އެކަމުގައި ޝާމިލުކޮށް، ކުއްޖާ ދެކޭ ގޮތް ބެލުން މުހިންމެވެ. މިކަން މުހިންމުވެގެންދަނީ، ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުއާހަދާގެ 12 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކުއްޖާއަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިދޭތީއާއި، ކުއްޖަކު ގުޅޭ ގޮތުން ނިންމާ ނިންމުމެއްގައި ކުއްޖާއަށް އަސަރުކުރާނަމަ، އެ ކުއްޖާ ފާޅުކުރާ ޚިޔާލުތަކަށް ބުރަދަން ދިނުމަށް ލާޒިމުކުރާތީއެވެ.މިކަން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމގ ޤާނޫނުގެ 9 ވަނަ މާއްދާއިންވެސް ކަށަވަރުވެގެންދެއެވެ. އެހެނީ، މި މާއްދާގައިއަމިއްލަ ރްއި ޔެއ އުފަންކުރުމުގެ ޤާބިލުކަން ލިބިފައިވާ ކޮންމެ ކުއްޖަކަށްމެ، އެކުއްޖަކާގުޅޭ އެންމެހައި ކަންކަމުގައި އެކުއްޖާގެ ރާއޔު ހާމަކުރުމުގެ ޙައްޤު ލިބިގެންވކަމުގައި ބަޔާންކުރާތީއެވެ.

105.3. ތިންވަނަ ކަމެއްގެ ގޮތުގައި ފުށުއަރާ މަޞްލަޙަތުތަކުގެ މުހިންމުކަން ނިސްބަތުން ވަޒަންކުރަންޖެއެވެ. ކުރިމަތިވެފައިވާ ޙާލަތަށް ބަލައި، ކަމުގެ ޚައްޞާޞްކަމާއި އިއާދަނުކުރެވޭފަދަ ގެއްލުމެއްވާކަމުގެ މައްޗަށް ބިނާކޮށް، ބުރަދަން ދޭންޖެހޭނީ ކޮން މަޞްލަޙަތެއް ހިމާޔަތްކުރަންތޯ ބަލަންޖެހެއެވެ. މްސާލަކަށް ޢާއިލާގެ މީހެއްގެ ފުށުން ކުއްޖާއަށް އަނިޔާއެއް ލިބޭނަމަ، ޢާއިލީ ގުޅުން ދެމެހެއްޓުމަށްވުރެ، އެ އަނިޔާ ހުއްޓުވުމަށް އިސްކަންދޭންޖެހޭނެއެވެ. މިކަން މިނާނީ proportionality of principle ގެ ނަޒަރުންނެވެ.މި އުޞޫލުގެ ދަށުން އެއްވެސް ޙައްޤެއް ހަނިކުރެވޭނީ ޤާނޫނުގައި އެކަނ ބަޔާންކޮށް، ޤާނޫނުގައިވާ ގޮތުގެ މަތިން (as prescribed by law)، އެ ޙައްޤު ހަނިކުރަން ކޮންމެހެން ބޭނުންވެއްޖެ ޙާލަތެއްގައި necessary) (as، އ ޙައްޤު ހަނިކުރެވޭ ބޭނުން ހާސިލުވާ މިންވަރަށް ނުވަތަ ނިސްބަތަށެވެ.

105.4. ވަކި ޙައްޤެއް މަހުދޫދްކޮށްފައިވު ޙާލަތުގައި، ނުވަތަ ދެ ޙައްޤެއް ދެމެދު ފުށުއެރުމެއްވ ޙާލަތުގައި، އެ ޙައްޤެއް މަހުދޫދުކުރިކުރުނ ޖާއިޒުތ proportionality test ގ ޒަރިއްޔާއިން ބެލިގެންދެއެވެ. މިގޮތުން، އެ ޙައްޤެއް މަހްދޫދުކުރުމުގައ ޤާނޫނި ހައިސިއްޔަތެއް އޮތްތޯއާއި، ނުވަތަ އެކަން ކުރެވިފައިވަނީ ޤާނޫނު ތަންދޭގޮތެއްގެ މަތިންތޯއާއި، އެ މަހުދޫދުކުރިކުރުމުނ ހިއުމަން ރައިޓްސް ކޮމިޓީގެ 102 ވަނަ ސެޝަން، 22 ވަނަ ޕެރެގްރާފް، 11-29 ޖުލައި 2011، ޖެނީވާ މަޤްސަދު ހާސިލުވޭތޯ އާއި،އެ ޙައްޤު ހަނިކުރުމުގެ ޒަރޫރަތްތެރިކަމެއްއޮތްތޯއާއި،ޙައްޤެއް މަހުދޫދުކުރުމުނ ލިބް ފައިދާ އެކަމުން ލިބޭ ގެއްލުމަށް ވުރެ ބޮޑުތޯ، މިކަންކަން ދެނެގަންނަންޖެހެއެވެ.

105.5. ހަތަރުވަނަ ކަމެއްގެ ގޮތުގައި،ބަޔާނވެދިޔް ކަންކަން test roportionalitypގެ މިންގަނޑުން ވަޒަންކުރުމަށްފަހު، ކުއްޖާއަށް އެންމެ ރައްކާތެރިގޮތް އިސްކުރަންޖެހޭކަން Comment General ގައި ބަޔާންކުރެއެވެ. މިކަމުގައި ފުރުއެރުމެއްއޮތްނަމަ، ކުއްޖާއަށް އެންމެ ރައްކާތެރިކަން ލިބިދޭ، އަދި ކުއްޖާގެ ހެދިބޮޑުވުމަށ (development) އެންމެ ފައިދާހުރި ގޮތެއް ޚިޔާރުކުރަންޖެހެއެވެ. މިފަދައިން ވަޒަންކުރުމުގައި،ކުއްޖާއަށް ވަގުތީ ގޮތުން ލިބޭ މަންފާތަކާއި، އަދި ދުރު މުސްތަޤުބަލަށް ފައިދާކުރާނެ ގޮތްތައް މިނެކިރަންޖެހެއެވ. މިގޮތުން ކޮންމެ މަޞްލަޙަތެއް ނުވަތަ ޙައްޤެއް ހަނިކުރުމުގ ނުވަތެ އިސްކަންދިނުމުގެ ހދޫދުތަކާއި، އެކަމުން ކުރާނެ އަސަރު ވަޒަންކުރަންޖެހެއެވެ.

106ކުއްޖާގެ މަޞްލަޙަތަށް އޮތް އެންމެ ހެޔޮ ގޮތެއް ދެން ގަތުމުގައި،ކުއްޖާއަށް ލިބިދޭ ދެ ޙައްޤެއް ދެމެދް އަރާރުންވެ އިސްކަންދޭންޖެހޭ ޙައްޤެއް ދެނެގަތުމުގެ ސާފު މަގެއް ނެތްނަމަ، އަދި ގޮތް ނިންމަންޖެހޭ ކަންކަމުގައި ކޮންމެވެސް ވަރެއްގެ ނުރައްކަލެއް ނުވަތަ ގެއްލުމެއް ހިމެނޭ ޙާލަތުގައި، މިކަމުގައި އިޚްތިޔާރުކުރަންޖެހޭނީ ކުއްޖާއަށް ގެއްލުން ކުޑަވާނެ މަގެވެ.

107ކުއްޖާގެ މަޞްލަޙަތަށް އޮތް އެންމެ ހެޔޮގޮތާއި، އެހެނިގެން ޙައްޤުތަކާ ދެމެދު ފުށްއެރުމެއްވ ޙާލަތުގައި، ކޮންމެ މައްސަލައެއްވެސް ވަކިވަކިން ބަލައި، ވަކި ޙައްޤެއް ހަނިކުރެވިގެންދަނީ، އެކަމަށް Elaine E. Sutherland and Lesley-Anne Barnes (eds.), Implementing Article 3 of the UN Covention on the Rights of the Child (2016), Cambridge University Press އެންމެ އެކަށޭނެ ގޮތެއްގެ މަތިން ޒަރޫރަތްތެރި ޙާލަތެއްގައިތޯ އަދި އެކަމުގައި އިޖުރާއީ ރައްކާތެރިކަން ޤާއިމުކުރެވިފައިވޭތޯ ކަށަވަރުކުރަންވާނެއެވެ.

108ކުއްޖާއާ ގުޅާ ގޮތުން ވަކި ގޮތެއް ނިންމުމަށްޓަކައި، އިސްވެ ބަޔާންކޮށްފައިވުމިންގަނޑުން ކުއްޖާގެ މަޞްލަޙަތަށް އޮތް އެންމެ ހެޔޮގޮތް ވަޒަންކުރެވިގެންދާހިނދ، ކުއްޖާގެރައްކާތެރިކަމަށާއ ދުޅަހެޔޮކަމަށް ބޭނުންވާ އަސާސީ ކަންތައްތައް ދެނެގަނެ، މައިންބަފައިންގެ ޙައްޤުތަކުގެ ނަޒަރުން އެކަންކަމަށް އެހީތެރިވެދޭތޯ ނުވަތަ ފެށުއރާތޯ ދެނެގަނެ، ކުއްޖާގެ ވިސްނުމުގެޤިބިލުކަމަށ ބަލައި ކުއްޖާ އެކަމުގައި ދެކޭގޮތް ބަލައިގަންނަންޖެހޭނެއެވެ. މިފަދައިން ޢަމަލުކުރެވޭ ޙާލަތުގައި، ޢާއިލީ ގުޅުން ބަލައިގަނެ ހަމައެއާއެކު، ކުއްޖާގެ އަމިއްލަވަންތަކަމަށް އިސްކަންދެވެއެވެ.

109އިނގިރޭސިވިލާތުގެ ހައުސް އޮފް ލޯޑްސްގެ Re G (Children) މައްސަލައިގައި ކުޑަކުދިންގެ ޤާނޫނ 1989 ގެ 1 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގައިވާ ކުދިންނަށް ރައްކާތެރިކަމާއި ކުދިންގެ ދުޅަހެޔޮކަން ދެނެގަތުމުގައި ބޭނުންކުރާ ޗެކްލިސްޓް ބޭނުންކުރެވިގެންދިޔައެވެ. މިގޮތުން، ކުއްޖާގެ ޖިސްމާނީ، ނަފްސާނީ އަދި ތަޢުލީމީ ބޭނުންތަކާއި، މާހައުލު ބަދަލުވުމުގެ ސަބަބުން ކުރާނެ އަސަރުތަކާއި، ކުއްޖާގެ އުމުރާއި ޖިންސާއި މިކަމާ ގުޅޭ އެހެނިހެން ސިފަތަކާއި، ކުއްޖާ އެދޭ ގޮތާއި ކުއްޖާގެ ޝުއޫރުތަކާއި، ކުއްޖާގެ ބޭނުންތައ މައިންބަފައިންނަށް ފުއްދައިދެވޭ މިންވަރާއި، އަދ މިކަމުގައ ކޯޓަށި ލިބިގެންވާ ބާރު ވަޒަންކުރެވިގެން ދިޔައެވެ. މި މިއްސަލައިގައި ކުއްޖާ ދެކޭ ގޮތަށް އަދި ކުއްޖާ ބޭނުންވާ ގޮތަށް އިސްކަމެއް ދެވުނެވެ. އެހެނަސް، މިފަދައިން އިސްކަންދިނުމުގައ ކުއްޖާގެ އަމިއްލަ ރައުޔު އުފަންކުރުމުގެ ގާބިލުކަން ހުރި މިންވަރު ބެލެވިގެންދިޔައެވެ. އާޚިރު General Comment No. 14, paragraph 6 Council of Europe (ed), The Best Interests of the Child, A Dialogue between Theory and Practice (2016), Council of Europe Publishing [2006] UKHL 43 ނަތީޖާއަށް ވާސިލުވުމުގއަ ކުއްޖާގެ ރައްކާތެރިކަމަށާއި ދުޅަހެޔޮކަމަށް އެންމެ ހެޔޮ ގޮތް އިޚްތިޔާރުކުރަންޖެހޭކަމަށ ކޯޓުން ނިންމާފައިވެއެވެ.

110މިފަދައިން ކުއްޖާގެ މަޞްލަޙަތާއި ގުޅޭ ގޮތުން ގޮތްތައް ކަނޑައެޅުމުގައި އެންމެ އިސްކަންދޭންޖެހޭނީ ކުއްޖާގެ ޖިސްމާނީ، ނަފްސާނީ،އިޖުތިމާއީ އަދި ތަޢުލީމީ ކުރިއެރުން ހިމެނޭގޮތުން ކުއްޖާގެ ދުޅަހެޔޮކަމަށްކަމަށާއި، ކުއްޖާގެ ޙައްޤާއި، މައިންބަފައިންގެ ޙައްޤުތައް ތަވާޒުނ (balance) ކުރުން މުހިންމުކަމުގައި އިންޑިޔާގެ ސުޕްރީމް ކޯޓުނ Githa Hariharan v. Reserve Bank of India ޤަޟިއްޔާގައި ނިންމާފައިވެއެވެ.

111ކުދިންނާއި ގުޅޭ މައްސަލަތައް ފައިސިލާކުރުމުގައި އިސްކަންދޭންޖެހޭނީ ކުދިންގެ ލާބައާއ މަންފާއަށްކަމާއި، ހަމައެކަނި މައިންބަފައިންގެ ޙައްޤުތަކަށް ބެލުމުގެ ބަދަލުގައި، ކުއްޖާގެ ސިއްޙީ، ޖިސްމާނީ، ނަފްސާނީ، އަޚްލާޤީ އަދި ތަޢުލީމީ ދުޅަހެޔޮކަން އެންމެ ފުޅާ ދާއިރާއެއްގައި ކުރިއެރުވޭނެ ގޮތަކަށް އިސްކަންދޭންވާނެކަމާއި، މި ޙާލަތުގައި ކޯޓުގެ ޒިންމާއަކީ، ކުއްޖާއަކީ ރަނގަޅު ނިންމުމެއް ނިންމޭފަދިޤު ބިލުކަނ ހުރް ކުއްޖެއްނަމަ، އެ ކުއްޖާ އެދޭ ގޮތާއި، މައިންބަފައިންގެ އަޚްލާޤީ އަދ ޖިންސާނީ ޤާބިލުކަމާއި، އަދި ކުއްޖާއާ މައިންބަފައިންގެ ދެމެދުގައިވާ ލޯބީގެ ގުޅަ ން ފަދަ ކަންކަން ވަޒަންކޮށް، ކުއްޖާއށު އެންމެ މަންފާވާނެ މާހައުލެއް އަދި ޙާލަތަށް ކުއްޖާއަށް ޤާއިމުކޮށްދިނުންކަމަށް މެލޭޝިޔާގެ ފެޑެރަލް ކޯޓގ Prasad Mahabir Pushpa v Prasad Mahabir ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ. މި ޤަޟިއްޔާގައިވެސް ކުއްޖާގެ މަޞްލަޙަތަށް އެންމެ ފައިދާހުރި ގޮތް ކަނޑައެޅުމަށް އަދި އެކަނ ތަވާޒުނކުރުމުގައި، proportionality test ބޭނުންކޮށްފައިވެއެވެ. (1999) 2 SCC 228 [1982] 1 MLJ 189

112މ ޤަޟިއްޔާއިން ދޭހަވަނީ، މިފަދައިން ވަޒަންކުރުމުގެ ބޭނުމަކީ،ބެލެނިވެރިންގެ ޙައްޤުތއ އެއްފަރާތްކުރުންނޫންކަމާއި، އޭގެ ބަދަލުގައި ކުއްޖާގެ ރައްކާތެރިކަމަށް އިސްކަންދިނުމުގެ ތެރޭގައި ބެލެނިވެރިންގެ ޙައްޤުތައްވެސް ތަންފީޒުވެގެނ ދިޔުންކަން އެނގެއެވެ.

113މ މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމަށް ބަޔާން ވެދިޔ މިންގަނޑުތަކުގެ އަލީގައި proportionality test ގ މިންގަނޑުން ވަޒަންކުރާއިރު،ކުއްޖާގެ މަޞްލަޙަތަށް އެންމެ ފައިދާވާ ގޮތަށް ރިޢާޔަތްކުރުމުގައި ކަނޑައަޅާފައިވާ މިންގަނޑުތަކުގެ ތެރެއިން،ކުއްޖާ ޢާއިލާ މާޙައުލެއްގައި ދެމިހުރުމުގެ މުހިންމުކަމާއި ޢާއިލާގެ މެންބަރުންނާ ކުއްޖާއާ ދެމެދު އޮންނަ ގުޅުން ދެމެހެއްޓުމުގެ މުހިންމުކމަކ އެއް މިންގަނޑެވެ.މިކަން އިތުރަށް ކަށަވަރުކޮށްދެނީކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 24 ވަނަ މާއްދާއިންނެވެ. މި މާއްދާގައި، ކުއްޖާގެ މަޞްލަޙަތަށް ނޭދެވޭ އަސަރެއް ކޮށްފާނެ ޙާލަތެއްގައި މެނުވީ، ކުއްޖާގެ މަންމަ ނުވަތަ ބައްޕައާ ވަކިން ދިރިއުޅޭ ޙާލަތުގައި، ކުއްޖާއާ ވަކިން ދިރިއުޅޭ ފަރާތާ ގަވާއިދުން ބައްދަލުކޮށް، ގުޅުން ބަދަހިކުރުމުގެ ޙައްޤު، ކޮންމެ ކުއްޖަކަށްމެ ލިބިގެންވެކަމުގްއެވ. މި މާއްދާއިންވެސް އެނގިގެންދަނީ، މިއީ ކުއްޖާގެ މަޞްލަޙަތަށް ފުށުނާރާ ޙާލަތެއްގައި، ކުއްޖާއަށް ލިބިދޭ ޙައްޤެއްކަމެވެ.

114މި މައްސަލައިގެފުށުއަރާ މަޞްލަޙަތެއްގ ގޮތުގައެ ފެންނަންއޮތީ، ކުއްޖާ އެހެންޤިއުމަކުނ ރައްޔިތުކަން ލިބުމަށް ފަހވެފައިވާ ފުރުޞަތެވެ. މިކަން ގޮސް ގުޅެނީ، ކުއްޖާގެ އަމިއްލަވަންތަކަމާއި، ކުއްޖާގެ ދިރިއުޅުމުގެ ފެންވަރާއި އިޖުތިމާއީ ރައްކާތެރިކަމާއި،ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމުގެ ޙައާޤާއި، ކުއްޖާއަށް ލިބިދޭ އުނގެނުމުގެ ޙައްޤެއެވެ. މިއީވެސް، ކުއްޖާގެ މަޞްލަޙަތަށް އެންމެ ފައިދާހުރި ގޮތި ކަނޑައަޅަންޖެހިއްޖެ ޙާލަތެއްގައި، ރިޢާޔަތްކުރަންޖެހޭ އާންމު މިންގަނޑުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ )ށ( ގެ )3( ވަނަ ނަންބަރު ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ )ށ( ގެ )2(، )5(، )6(، އަދި )7( ވަނަ ނަންބަރު

115HN8ކުއްޖާއާ ކުއްޖާގެ ބައްޕައާ ބައްދަލުކޮށް ވަގުތު ހޭދަކުރުމަކީ ކުއްޖާގެ ޙައްޤުގައި ކުރެވޭ ކަމެކެވެ. ކުއްޖާއަށ ޤާނޫނީގޮތުން ލިބިދޭ މި ޙައްޤު ކަށަވަރުވެފައި އޮތުމަކީ، ކުއްޖާގެ މަޞްލަޙަތަށް އެންމެ ހެޔޮ ގޮތް ކަމާމެދު އެއްވެސް ޝައްކެއް، ދެބަސްވުމެއްނެތެވެ. އަދި ކާއްޖާގެ މަޞްލަޙަތުގައި ގޮތްތަކެއް ކަނޑައަޅާހިނދު، މިކަމަށް ރިޢާޔަތްކުރަންޖެހޭނެކަމމެދވެސް ދެބަސްވުމެއްނެތެވެ.

116މާ މައްސަލައިގައި ހުށަހަޅާފައިވި ލިޔުންތަކާއި، އަދި ކުއްޖާގެ ބައްޕަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ކުއްޖާގެ ބައްޕައާ ކުއްޖާއާ ބައްދަލުނުވާކަމަކީ ފާޅުވާ ޙަޤީޤަތެކެވެ. އަދި ކުއްޖާއާ ބައްދަލުކުރުމަށ އޮތް ހުރަސްތައް ނައްތާލުމަށް ޝަރީޢަތުގެ ނިޒްމް ބޭނުންކޮށް، އެކަން މި ނިޒާމްގެ ތެރެއިން އަދާއި ހަމައަށް ކާމިޔާބުވެފައިނުވާކަނ ކުއްޖާގެ ބައްޕަގެ ފަރާތުން އެނގެއެވެ.

117ހަމައެއާއެކު، ކުއްޖާއާ ކުއްޖާގެ ބައްޕަ ބައްދަލުކޮށް ވަގުތު ހޭދަކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދިޔުމާއ ގުޅި ގޮތުން ކޯޓުން ކަނޑައަޅާފައިވާ ޙުކުމްތައްތަންފީޒުކުރުމުގެ ގޮތުން ދައުލަތުގެ އިދާރާތަކުން މަސައްކަތްތައްވެސ ކުރަމުންދާކަން ދެ ފަރާތުގެ ވާހަކަތަކުނ ހާމަވެގެންދެއެވެ.

118މިއަށް މީޒާންކުރަންޖެހެނީ ކުއްޖާއަށް އެހެންޤިއުމެއްގެ ރައްޔިތުކަން ލިބިގަތުމަށް މިވަގުތ ފަހވެފައިވާ ފުރުޞަތެވެ. މިކަމުން ކުއްޖާއަށް ލިބޭނެ މަންފާތައް ކުއްޖާގެ މަންމަގެ ފަރާތުން ވަނަ ތަފްޞީލީ ގޮތެއްގައި ބަޔާންކޮށްދީފައެވެ. އަދި މިކަން ފެމިލީ ކޯޓުންވެސް ފާހަގަކޮށްފައިވެއެވެ.މި މަންފާތައް ކުއްޖާއަށް ލިބިގެންދާނެކަމާމެދު ކުއްޖާގެ ބައްޕަގެ ދެބަސްވުމެއްނެތެވެ. މިކަން ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލައާ ގުޅިގެން 20 އޮގަސްޓް 2025 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ކުއްޖާގެ ބައްޕަގެ ފަރާތުން ބުނެފައިވަނީ ފެމިލީ ކޯޓުގެ ޙުކުމް ތަންފީޒުކުރުމުގެ 02 )ދޭއް( މައްސަލައެއް ޙުކުމްކޮށް ނިމިފައިވާކަމަށާއި، އެންމެ ފަހުން ޙުކމްކުރު 2024 ވަނަ އަހަރުގެ ފެބުރުވަރީ މަހުކަމަށާއި، އެ މައްސަލައިގައި ފެމިލީ ކޯޓުން ނިންމާފައިވަނީ ޙުކުމް ތަންފީޒުނުކުރެވޭކަމަށާއި، ދިވެހި ފުލިހުންގ ޚިދުމަތުގެ މައްޗަށް އަދި ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށް ތަންފީޒުކުރުމަށް އަމުރުކޮށްފައިވާކަމަށާއ، އެކަމާ ގުޅިގެނ ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅިކަމަށާއި، ޖެންޑަރ މިނިސްޓްރީ އިން އޮގަސްޓް މަހު މީޑިއޭޝަންއަށ އައުމަށް ދައުވަތު ދިންކަމަށާއި، ނަމަވެސް ކުއްޖާގެ މަންމަގެ ފަރާތުނ ޙާޟިރުވެފައިނުވާތީ މީޑިއޭޝަން އެދުވަހު ކުރިއަށް ގެންދެވިފައިނުވާކަމަށާއި، ޖެންޑަރ މިނިސްޓްރީގައި މިހާރު އެ ޕްރޮސެސްކުރިއަށްދާކަމުގައެވެ. މަންފާތަކާއ ގުޅި ގޮތުން ދައްކާފައިވާ ވާހަކަ، ފެމިލީ ކޯޓުގެ ނަންބަރ 1608/Fm-C/2023 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް" ގެ

10.3 ވަނަ ނުކުތާ އެނގިގެންދަނީ މި ފައިދާތައް ނަފީވާނެފަދައަކުން ކުއްޖާގެ ބައްޕަގެ ފަރާތުން ބަހެއް ބުނެފައިނުވާތީއެވެ. ކުއްޖާގެ ބައްޕަ މި ނޭވާގައި ނަގަނީ ކުއްޖާއާ ބައްދަލުނުވާކަމެވެ. އަދި ފެމިލީ ކޯޓުން ގޮތެއް ނިންމުމުގައި މިކަމަށް ރިޢާޔަތްކޮށްފައިނުވާކަމެވެ.

119މިކަމާ ގުޅޭ ގޮތުން ފެމިލީ ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވަނީ ކުއްޖާއާ ބައްދަލުވެ ވަގުތު ހޭދަކުރުމުގެ ފުރުޞަތު ނުލިބޭކަމަށް ކުއްޖާގެ ބައްޕަގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، އެކަންކަމާ ގުޅިގެން މައްސަލަ ހުށަހެޅި ޙުކުމް ތަންފީޒުކުރުމަށްޓަކެއި ޝަރީޢަތުން ގޮތްތަކެއް ކަނޑައަޅާފައިވާކަން ޚަޞްމުންގެ ބަހުން އެނގޭތީ، އެ ޙަޤީޤަތްތަކުގެ މައްޗަށް އެ މައްސަލައިގެ ތެރެއިން ގޮތެއް ކަނޑައެޅޭނެ ތަނެއް ނެތްކަމުގައެވެ.ކުއްޖާއާ ކުއްޖާގެ ބައްޕައާ ބައްދަލުނުވާކަމަށް ކުއްޖާގެ ބައްޕަ ކުރާ ޝަކުވާއާ ގުޅިގެން، ކުއްޖާއާ ގުޅޭ ގޮތުން ނިންމާފައިވާ ނިންމުމުގައި ކުއްޖާގެ މަޞްލަޙަތަށް އިސްކަން ދިނުމުގެ މުހިންމުކަން ފެމިލީ ކޯޓުންވެސް ބަޔާންކޮށްފައިވެއެވެ.

120އިސްވެ ހާމަކުރިފަދައިން، މަޞްލަޙަތު ވަޒަންކުރުމުގެ މިންގަނޑުގައި ފުށުއެރުމެއްވާނަމަ، އެކަން test proportionality ގެ އަލީގައި ވަޒަންކޮށް، ކުއްޖާގެ މަޞްލަޙަތަށް އެންމެ ފައިދާވާނެ ގޮތަށް، އަދި ކުއްޖާގެ ދުޅަހެޔޮކަމަށް އިސްކަންދީ، ގޮތެއް ނިންމަންޖެހެއެވެ.މިގޮތުން ވަކް ޙައްޤެއް މަހުދޫދުކުރުމުގެ ޒަރޫރަތްތެރިކަމެއް އެ ޙާލަތުގައި ވުޖޫދުވެފައިވޭތޯ، އެކަން ކުރެވެނީ ޤާނޫނު ތަންދޭ ގޮތުގެ މަތިންތޯ، ޙައްޤެއް މަހުދޫދުކުރުމުނ ލިބް ފައިދާ އެކަމުން ލިބޭ ގެއްލުމަށް ވުރެ ބޮޑުތޯ، އްކަމުން ކުއްޖާގެ މަޞްލަޙަތަށް އަސަރެއް ކޮށްފާނެތޯ ނުވަތަ ނޫންތޯ، މިކަންކަން ދެނެގަންނަންޖެހެއެވެ.

121ކުއްޖާގެ ދިރިއުޅުން ދާއިމީގޮތެއްގައި ތުރުކީއަށްބަދަލުކުރުމުގެ ގަސްދެއް ކުއްޖާގެ މަންމަގެ ފަރާތުން ހާމަކޮށްފައިނުވާހިނދު، މިކަން މެދުވެރިވެއްޖެ ޙާލަތެއްގައިވެސް، އަދި މިކަމުގެ ސަބަބުން ޚުޞޫމާތެއް ފެމިލީ ކޯޓުގެ ނަންބަރު 1608/Fm-C/2023 ޤަޟިއްޔާ ގ "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް" ގެ 11.1 ވަނަ ނުކުތާ އުފެދިއްޖެ ޙާލަތެއްގައިވެސް، މިކަމީ ޝަރީޢަތުގެ ނިޒާމު މެދުވެރިކޮށް ޙައްލު ލިބިދެނިވި ކަމެކެވެ. މިކަމ ގުޅާ ގޮތުން ކުއްޖާގެ ބައްޕަގެ ފަރާތުން ބުނެފައިވަނަދަރިފުޅުގެ މަންމަ ދަރިފުޅު ގޮވައިގެން ފުރައިގެން ގޮސްފިނަމަ ދަރިފުޅު ދުވަހަކުވެސް ނުފެންނާނެކަމުގެ ބިރުހީވާކމުގައެވެ.

122އިސްވެ ބަޔާންކޮށްފައިވާ ކަންކަނަ ކުއްޖާގެ މަޞލް ޙަތަށް އެންމެ ފައިދާވާގޮތަށް ވަޒަންކުރާއިރު، މިކަން މީޒާންކުރަންޖެހެނީ ކުއްޖާގެ ނަޒަރުންނެވެ. ނުވަތަ ކުއްޖާގެ ލެންސުންނެވެ. ކުއްޖާއަށް ތުރުކިގ ސިޓޒެންޝިޕ ލިބިއްޖެނަމަ، ކުއްޖާގެ މަޞްލަޙަތުގައި ފަހިވާނެ ފުރުޞަތުތައް މި މައްސަލައިގައި ކުއްޖާގެ މަންމައަށް ބަޔާންކޮށްދެވުނެވެ. އެކަންކަމީ، ކުއްޖާއަށް އެއްވެސް ގެއްލމެއު އޮތްކަމެއްނޫންކަމަށާއި، އެކަމުން ކުއްޖާއަށް ލިބޭނެ ފައިދާތަކުގެ ތެރޭގައި، ކުއްޖާ އެކި ޤައުމުތަކަށް ދަތރް ކުރުމަށް ފަސޭހަ ދޮރެއް ހުޅުވިގެންދިޔުމާއި، ދަތުރުފަތުރުކުރުމުގެ ފަސޭހަކަން ލިބުމާއި، ބޭސްފަރުވާގެ ފުރުޞަތުތަކާއި، މަތީ ތަޢުލީމް ހާސިލުކުރުން ފަދަ ކަންކަމަށް ގިނަ ފުރުޞަތުތައް ފަހވެގެންދާނެކަމުގައި ކުއްޖާގެ މަންމަގެ ފަރާތުން ފާހަގަކުރިއެވެ.

123މި އެންމެހާ ކަންކަމީވެސް، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މައްދާގެ )ށ( ގައި ކުއްޖާގެ މަޞްލަޙަތަށް އެންމެ ފައިދާވާގޮތެއް ކަނޑައަޅަންޖެހިއްޖެ ޙާލަތެއްގައި، އެކަނ ކަނޑައެޅުމަށް ރިޢާޔަތްކުރެވިގެންދާ އާންމު މިންގަނޑުގައި ހިމެނޭ ކަންކަމެވެ.

124މި ނިންމުމުގެ 114 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ފަދައިން، މިއީ ކުއްޖާގެ އަމިއްލަވަންތަކަމާއި، ކުއްޖާގެ ދިރިއުޅުމުގެ ފެންވަރާއި އިޖުތިމާއީ ރައްކާތެރިކަމާއި،ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމުގެ ޙައެޤާއި، ކުއްޖާއަށް ލިބިދޭ އުނގެނުމުގެ ޙައްޤާ ގުޅޭ މިންގަނޑުތަކެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލައާ ގުޅިގެން 20 އޮގަސްޓް 2025 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ކުއްޖާގެ ބައްޕަގެ ފަރާތުން މިފަދައިން ބުނެފައިވެއެވެ. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ )ށ( ގެ )2(، )5(، )6(، އަދި )7( ވަނަ ނަންބަރު

125މެކަންކަނ އިތުރަށް ބަޔާންކުރަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގ ޤާނޫނުގެ 15 ވަނަ މާއްދާއާއި 19 ވަނަ މާއްދާއާއި، 20 ވަނަ މާއްދާއާއި، 21 ވަނަ މާއްދާގައެވެ. މިގޮތުން، ކުއްޖާގެ އަމިއްލަވަންތަކަން ނިގުޅައިގަނެވޭނެ ޢަމަލުތަކުން ރައްކާތެރކުރުމުގ ޙައްޤު ކޮންމެ ކުއްޖަކަށް ލިބުމުގެ ތެރޭގައި، ކުއްޖާގެ ނަމާއި ޤައުމިއްޔަތު ދެމެހެއްޓުން ހިމެނެއެވެ. މީގެ އިތުރުންވެސް، ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ދުޅަހެޔޮ ޞިއްޙަތަކަށ ވާޞިލުވުމަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި ޚިދުމަތް، ލިބެންހުރި އެންމެ މަތީ ފެންވަރަކުނެލިބުމުގެ ޙައްޤާއި، ބަލިވުމުން، އ ބައްޔަކަށް ފަރުވާ ހޯދޭނެ ވަސީލަތްތައް ލިބުމުގެ ޙައްޤު ކޮންމެ ކުއްޖަކަށްމެލިބިގެންވާކަމާއި، އެއްވެސް ތަފާތުކުރުމެއް ނެތި، އުނގްނުމުގެ ޙައްޤު ލިބިގަތުމާއި،ކޮންމެ ކުއްޖެއްވެސ ޖިސްމާނީގޮތުންނާއި، ނަފްސާނީގޮތުންނާއި، ރޫޙާނީގޮތުންނާއި، އަޚްލާޤީގޮތުންނާއި، އިޖްތިމާޢީގޮތުނ ކުރިއެރުމަށްޓަކައި، އެކުއްޖެއްގ ދިރިއުޅުމުގެ ފެންވަރު އެކަށީގެންވާ މިންވަރެއްގައި ދެމެހެއްޓުމުގެ ޙައްޤަލިބިގެންވާކަން ބަޔާންކުރވިދިޔ މާއްދާތަކުން އެނގިގެންދެއެވެ.

126މިކަމުގައި އިތުރަށް އޮތީ، ކުއްޖާގެ ބަހެވެ.މިއީ މުހިންމުކަން ދޭންޖެހޭ އެއް އަސާސެވެ. މިކަމުގ މުހިންމުކަން މި ނިންމުމުގެ 105.2 ނުކުތާގައިވެސް ބަޔާންކުރެވިއްޖެއެވެ. ފެމިލީ ކޯޓުން ކުއްޖާއާ ސުވާލުކޮށް، ކުއްޖާގެ ރައުޔު ހާމަކުރުމުގެ ފުރުޞަތު ދިން ހިނދު، ކުއްޖާ ތުރުކގ ރަށްވެހިކަން ލިބުމަށް ބޭނުންވާކަން ހާމަކޮށްފައިވެއެވެ.

127އެހެންކަމުން، މި މައްސަލައިގައި މެދުވެރިވެފައިވާ މި ނާޒުކު ޙާލަތު ވަޒަންކުރާއިރު، ކުއްޖާއަށް ވަގުތީ ގޮތުން ލިބޭ މަންފާތަކާއި، އަދި ދުރު މުސްތަޤުބަލަށް ފައިދާކުރާނެ ގޮތްތައް މިނެކިރަންޖެހެއެވެ. މިގޮތުން ކޮންމެ މަޞްލަޙަތެއް ނުވަތަ ޙައްޤެއް ހަނިކުރުމުގ ނުވަތެ އިސްކަންދިނުމުގެ ހުދޫދުތަކާއި، އެކަމުން ކުރާނެ އަސަރު ވަޒަންކުރަންޖެހެއެވެ. މައިންބަފައިންގެ ޙައްޤާއި އެ ފަރާތުގެ ފެމިލީ ކޯޓުގެ ނަންބަރު 1608/Fm-C/2023 ޤަޟިއްޔާ ގ "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް" ގެ 8 ވަނަ ނުކުތާއާއި 10.3 ވަނަ ނުކުތާ މަޞްލަޙަތުވެސް މުހިންމެވެ. އެހެނަސް، މިކަމަށް ރިޢާޔަތްތެރިކަން ދޭންޖެހޭނީ، މިކަމުގެ ކުއްޖާގެ މަޞްލަޙަތަށް ފައިދާވާ މިންވަރުންނެވެ.

128ކުއްޖާގެ މަޞްލަޙަތަށް އެންމެ ފައިދާވާ ގޮތް ބެލުމުގައި ކުއްޖާގެ ނަޒަރުން އެ ޙާލަތު ވަޒަންކުރުން މުހިންމެވެ. މިކަމުގެ ތެރެއިން، މައިންބަފައިންގެ ޙައްޤުތައް ފުށުއަރާ ޙާލަތުގައި، ކުއްޖާގެ ޙައްޤަށާއި، ކުއްޖާގެ ބޭނުންތަކަށް އިސްކަންދޭންޖެހެއެވެ. ކުއްޖާއަކީ ޙައްޤތައ ރައްދުވް ފަރާތެވެ. އެ ކުއްޖާއާ ގުޅިގެނ ގޮތެއް ނިންމް ހިނދު، ކުއްޖާއަކީ ޙައްޤުތައް ރައްދުވާ އެ ޙައްޤުތަކުގެ ވެރިފަރާތްކަމާއި، އެ ކުއްޖާ އެ ޚުޞޫމާތުގައި ޝާމިލުވަނީ ހަމައެކަނި މައުޟިޢައ ނުވަތް ސަބްޖެކްޓެއްގ ގޮތުގައެ ނޫންކަމީ، ބަލައިގަންނަންޖެހޭ ޙަޤީޤަތެކެވެ. މިއީ ކުއްޖާގެ ނަޒަރުން ނުވަތަ ލެންސުނ މިކަން ވަޒަންކުރުމެވެ.

129ބަޔާނވެދިޔްކަންކަމަށް ނަޒަރުކުރުމުން، މި ކުއްޖާގެ މަޞްލަޙަތުގައި ތުރުކގީރަށްވެހިކަން ލިބުމަކީ ކުއްޖއަށް ފައިދާބޮޑެގޮތްކަމަށް ފެމިލީ ކޯޓުން ނިންމި ނިންމުމަށް ތާއީދުކުރަމެވެ. އަދި މި ނިންމުމަށް ވާސިލުވުމުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 24 ވަނަ މާއްދާގެ )ހ( އަށް ރިޢާޔަތްކޮށްފައިވާކަމުގައިވެސް ދެކެމެވެ.

މައްސަލަ ނިންމަން ފެންނަގޮތް

130އުސްވ ބަޔާންކޮށްފައިވެ ކަންކަމަށް ބިނާކޮށް، ފެމިލީ ކޯޓުގެ ނަންބަރ 1608/Fm-C/2023 ޤަޟިއްޔާއިސްތިއުނާފުކުރުމަށް ކުއްޖާގެ ބައްޕަގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅަން ފެނެއެވެ.

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔު

131ފަނޑިޔާރު ޙުޒައިފާ މުޙައްމދުގަ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔް

132ފަނޑިޔާރު ޙުޒައިފާ މުޙައްމދުގަ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ